Back to Quran

ޖުޒްއު

Juz 30

78:1 ... 114:6 · 564 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

  1. Surah An-NabaBegins here at 78:1

  2. 78:1

    عَمَّ يَتَسَآءَلُونَ

    ʻAMMA yatasaaaʹaloon?

    • ދަންނައެވެ! مُحَمَّدٌ صلّى الله عَلَيْهِ وَسَلَّمَ ނަބީކަމާއިގެން ފޮނުއްވައި އެކަލޭގެފާނު ﷲ ގެ އެއްކައުވަންތަ ކަމާއި ޤިޔާމަތް ދުވަހުގެ ވާހަކައާއި ޤުރްއާން ކިޔަވައި ވިދާޅުވުމާއި ގުޅިގެން އޭރު ތިބި މައްކާގެ މުޝްރިކުން އެއްބަޔަކު އަނެއްބަޔަކާ ސުވާލު ކުރަން ފެށިއެވެ. އެމީހުން ބުނެއެވެ. مُحَمَّد ގެ ފާނަށްވީ ކީއްހެއްޔެވެ؟ އެކަލޭގެފާނު އެ ގެންންނެވީ ކޮންއެއްޗެއް ހެއްޔެވެ؟ އެ ދައްކަވަނީ ކޮން ވާހަކައެއް ހެއްޔެވެ؟ މިބާވަތުގެ ސުވާލު ތަކުގެ ޖަވާބަކަށް މިސޫރަތް ބާވައި ލެއްވިކަމަށް މުފައްސިރުން ވިދާޅު ވިއެވެ. وَ الله أَعْلَم = ذبدة التفسير =\n އެމީހުން އެބަހީ (މުޝްރިކުން) އެއްބަޔަކު އަނެއް ބަޔަކާ ސުވާލުކޮށް އެހަދަނީ ކޮންކަމެއްގެ ވާހަކައިން ހެއްޔެވެ؟

  3. 78:2

    عَنِ ٱلنَّبَإِ ٱلْعَظِيمِ

    ʻAnin Nabaʹil ʻAz̤̣eem,

    ،(3) (ﷲ އެ ސުވާލަށް ޖަވާބު ދެއްވަނީއެވެ.) އެއީއެމީހުން އެކަމަކާއިގެން ދެބަސްވޭވޭ އެތިބޭ ބޮޑު خَبَر ގެ ވާހަކައިންނެވެ. (އެ خَبَر އަކީ قِيَامَة ދުވަހުގެ خَبَر ކަމާއި އަދި قُرْآن ގެخَبَرކަމާއި މިކަންކަމާއިމެދު مُفَسِّرُ ންގެބަސް ތަފާތެވެ. އާޔަތުގެ سِيَاقُ އަށްބަލާއިރު ބޮޑަށްގާތީ قِيَامَة ދުވަހުގެވާކަ ކަމަށެވެ. وَاللهُ أعْلَم.

  4. 78:3

    ٱلَّذِى هُمْ فِيهِ مُخْتَلِفُونَ

    ʹAllaẓee hum feehi mukhtalifoon.

    ،(3) (ﷲ އެ ސުވާލަށް ޖަވާބު ދެއްވަނީއެވެ.) އެއީއެމީހުން އެކަމަކާއިގެން ދެބަސްވޭވޭ އެތިބޭ ބޮޑު خَبَر ގެ ވާހަކައިންނެވެ. (އެ خَبَر އަކީ قِيَامَة ދުވަހުގެ خَبَر ކަމާއި އަދި قُرْآن ގެخَبَرކަމާއި މިކަންކަމާއިމެދު مُفَسِّرُ ންގެބަސް ތަފާތެވެ. އާޔަތުގެ سِيَاقُ އަށްބަލާއިރު ބޮޑަށްގާތީ قِيَامَة ދުވަހުގެވާކަ ކަމަށެވެ. وَاللهُ أعْلَم.

  5. 78:4

    كَلَّا سَيَعْلَمُونَ

    Kallaa sayaʻlamoon!

    އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. (ނޭނގިނުހުންނާނެއެވެ.) ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ.

  6. 78:5

    ثُمَّ كَلَّا سَيَعْلَمُونَ

    S̤umma kallaa sayaʻlamoon!

    ދެން އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. ނިކަންހުރެ އެމީހުންނަށްއެކަން އެނގިދާނެއެވެ.

  7. 78:6

    أَلَمْ نَجْعَلِ ٱلْأَرْضَ مِهَـٰدًا

    ʹAlam najʻalil ʹarḍa mihaadaa,

    ތިމަންރަސްކަލާނގެ ބިންގަނޑު ތަންމައްޗެއްކަމުގައި ނުލައްވަންހެއްޔެވެ؟ އެބަހީ ލެއްވީމެވެ. (އެއީ خَلْقُ ތަކުންއޭގެމަތީ އުޅެވޭތަނެއްގެ ގޮތުގައި ލެއްވި ވާހަކައެވެ.)

  8. 78:7

    وَٱلْجِبَالَ أَوْتَادًا

    Wal-jibaala ʹawtaadaa,

    (އަދި ދުނިޔެ ހެލިޙަރަކާތް ނުކުރެވޭނޭގޮތުން) ފަރުބަދަތައް ހަރުނުކުރައްވަންހެއްޔެވެ؟ އެބަހީ ހަރުކުރެއްވީމެވެ.

  9. 78:8

    وَخَلَقْنَـٰكُمْ أَزْوَٰجًا

    Wa-khalaq̣naakum ʹazwaajaa,

    އަދި ތިމަންރަސްކަލާނގެ ކަލޭމެން ޖޯޑު ޖޯޑަށް ހެއްދެވީމެވެ.

  10. 78:9

    وَجَعَلْنَا نَوْمَكُمْ سُبَاتًا

    Wa-jaʻalnaa nawmakum subaataa;

    އަދި ކަލޭމެންނަށް އަރާމެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭމެންނަށް ނިދިލެއްވީމެވެ.

  11. 78:10

    وَجَعَلْنَا ٱلَّيْلَ لِبَاسًا

    Wa-jaʻalnal layla libaasaa,

    އަދި ކަލޭމެން ފޭރާމުން ނިވައިވާފަދައިން ނިވައިވާ އެއްޗެއްކަމުގައި ތިމަންރަސްކަލާނގެ ރޭގަޑު ލެއްވީމެވެ.

  12. 78:11

    وَجَعَلْنَا ٱلنَّهَارَ مَعَاشًا

    Wa-jaʻalnan nahaara maʻaashaa?

    އަދި ދުވާލަކީ ދިރިއުޅުމުގެ މަސައްކަތްކުރާ ވަގުތެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.

  13. 78:12

    وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا

    Wa-banaynaa fawq̣akum sab-ʻañ shi-daadaa,

    އަދި ކަލޭމެންގެމަތީގައި ގަދަފަދަވެގެންވާ ހަތްއުޑު ތިމަންރަސްކަލާނގެ ހެއްދެވީމެވެ.

  14. 78:13

    وَجَعَلْنَا سِرَاجًا وَهَّاجًا

    Wa-jaʻalnaa Siraajañw wah-haajaa?

    އަދި މުޅިދުނިޔޭގެ نِظَاَم ފުރިހަމައަށްދެމިހުންނާނޭގޮތުން އަލިކޮށް ހޫނުކޮށްދޭ އެއްޗެއްކަމުގައި ތިމަންރަސްކަލާނގެ އިރުލެއްވީމެވެ. • ދަންނައެވެ. މިފަދަ ކަންތައްތައް މިހާމޮޅަށް ހައްދަވައި ތަރުތީބުކުރައްވައި މިފުރިހަމަ نِظَاَم ގެމަތިން ހިންގަވާ ކަލަކަށް މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި مَحْشَرُ ކުރައްވައި ޢަމަލުތަކަށް ޖަޒާދެއްވުން އުދަގޫވެ ވޮޑިގަންނަވާނެހެއްޔެވެ؟ އުދަގޫވެ ވޮޑިނުގަންނަވާނެކަން ކަށަވަރެވެ.

  15. 78:14

    وَأَنزَلْنَا مِنَ ٱلْمُعْصِرَٰتِ مَآءً ثَجَّاجًا

    Wa-ʹañzalnaa minal muʻṣiraati maaa-ʹañ s̤ajjaajaa,

    އަދި ފެންތައްފެލައިލާ ވިލާގަޑުން ބޯކޮށްވެހިގަންނަ ވާރޭފެން ތިމަން ރަސްކަލާނގެ ވެއްސެވީމެވެ.

  16. 78:15

    لِّنُخْرِجَ بِهِۦ حَبًّا وَنَبَاتًا

    Linukhrija bihee ḥabbañw wanabaataa,

    އެއީ އެފެނުގެ ސަބަބުން އޮށްޓަރާއި ފަތްޕިލާވެލި ތިމަންރަސްކަލާނގެ ނެރުއްވުމައްޓަކައެވެ. (އެއީ އިންސާނުންނާއި ޖަނަވާރުންގެ ކާނާއެއްގެ ގޮތުންނެވެ.)

  17. 78:16

    وَجَنَّـٰتٍ أَلْفَافًا

    Wa-Jannaatin ʹalfaafaa?

    އަދި ގޮތްގޮތަށް ގެތިފައިވާ ފަތްތައްބޯ ބަގީޗާތައް ތިމަންރަސްކަލާނގެ ނެރުއްވުމަށްޓަކައެވެ. (މިފަދަހުރިހާކަމެއް މިހާފުރިހަމަކޮށް ހިންގަވާފަރާތަކަށް ދެވަނަ ފަހަރަށް خَلْقُ ތަކުން ދިރުއްވައި مَحْشَرُ ކުރެއްވުން އުދަގޫވާނީ ކޮންފަދައަކުންތޯއެވެ؟ ނުވާނެކަން ކަށަވަރެވެ.)

  18. 78:17

    إِنَّ يَوْمَ ٱلْفَصْلِ كَانَ مِيقَـٰتًا

    ʹInna Yawmal Faṣli kaana meeq̣aataa,―

    ހަމަކަށަވަރުން خَلْقُ ތަކުންގެ މެދުގައި ހިސާބުބައްލަވާ فَيْصِلَة ކުރައްވާދުވަސް ވަނީ ވަގުތު ކަނޑައެޅިގެންވާ ދުވަހެއްކަމުގައެވެ. (އެވަގުތުޖެހުމުން އިސްފަސްނުވެ އެކަންކަން ހިގާނެއެވެ.)

  19. 78:18

    يَوْمَ يُنفَخُ فِى ٱلصُّورِ فَتَأْتُونَ أَفْوَاجًا

    Yawma yuñ-fakhu fiṣ Ṣoori fataʹtoona ʹafwaajaa;

    އެދުވަހަކީ ތާޅަފިލި ފުމެލެވޭދުވަހެވެ. އެދުވަހުން مَحْشَرُ ގެ މައިދާނަށް ބައިބަޔަށް އަދި ޖަމާޢަތް ޖަމާޢަތަށް ކަލޭމެން އެއްވެ ޖަމާވާހުއްޓެވެ.

  20. 78:19

    وَفُتِحَتِ ٱلسَّمَآءُ فَكَانَتْ أَبْوَٰبًا

    Wa-futiḥa-tis samaaaʹu fakaanat ʹabwaabaa,

    އަދި އެދުވަހުން މަލާއިކަތްބޭކަލުން ފައިބާވަޑައިގަތުމަށް އުޑުހުޅުވި އެ އުޑު ދޮރުތަކަކަށް ވެދާނެއެވެ.

  21. 78:20

    وَسُيِّرَتِ ٱلْجِبَالُ فَكَانَتْ سَرَابًا

    Wa-suyyi-ratil jibaalu fakaanat saraabaa.

    އަދި ފަރުބަދަތައް ހުރިތަނުންލުހެވި ކުދިކުދިވެ ވަޔަށް ބުރައިގެން ހިނގައިދާނެއެވެ. އަދި އެތަކެތި ކުރީއްސުރެ އެތާނެތްފަދައިންވެ މުޅިން އަވާމެންދުރެއްފަދައިން ވެދާނެއެވެ.

  22. 78:21

    إِنَّ جَهَنَّمَ كَانَتْ مِرْصَادًا

    ʹInna Jahannama kaanat mirṣaadaa,―

    ހަމަކަށަވަރުން އެދުވަހުން ނަރަކަ އޮންނާނީ އިންތިޒާރުކޮށްކޮށް ބަލަބަލައެވެ.

  23. 78:22

    لِّلطَّـٰغِينَ مَـَٔابًا

    Liṭ-ṭaag̣eena maʹaabaa:

    އެއީ ނުބަކަމުގައި ހައްދުފަހަނައަޅައިގެން ދިޔަމީހުންގެ ޖާގައެއްގެގޮތުން ބަލަބަލައެވެ.

  24. 78:23

    لَّـٰبِثِينَ فِيهَآ أَحْقَابًا

    Laa-bis̤eena feehaaa ʹaḥq̣aabaa.

    އެމީހުން އެނަރަކައިގާ އެތައްޒަމާންތަކަކުތިބޭނެއެވެ. މަރެއްވެސްނުވާނެއެވެ.

  25. 78:24

    لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا

    Laa- yaẓooq̣oona feehaa bar-dañw walaa- sharaabaa,

    އެމީހުންނަށް އެތާއެއްވެސް އަރާމެއް އަދިފިނިކަމެއް ނުވާނެއެވެ. އަދިއެއްވެސްބާވަތެއްގެ ބުއިމެއްވެސް ނުލިބޭނެއެވެ.

  26. 78:25

    إِلَّا حَمِيمًا وَغَسَّاقًا

    ʹIllaa ḥameemañwwa g̣assaaq̣aa,―

    ލިބޭނެބުއިމަކީ އޭގެހޫނުކަން ނިހާޔަތަށްގޮސްފައިވާ حَمِيْمُ ކިޔާހޫނުފެނާއި غَسَّاقُ އެވެކިޔާ ދިއެކެވެ. އެއީ ނަރަކަވަންތަވެރިންގެ ގައިންއޮހިގެންއަންނަ ދިޔަވަރުބޮނޑިއެވެ.

  27. 78:26

    جَزَآءً وِفَاقًا

    Jazaaaʹañw wifaaq̣aa.

    އެއީ އެމީހުން (ދުނިޔޭގައި ތިބެގެންކުރި ނުބައިޢަމަލު ތަކުގެ) ފުރިހަމަޖަޒާއެއްގެ ގޮތުންނެވެ.

  28. 78:27

    إِنَّهُمْ كَانُوا۟ لَا يَرْجُونَ حِسَابًا

    ʹInnahum kaanoo laa- yarjoona ḥisaabaa,

    ހަމަކަށަވަރުން އެމީހުންވީ ދުނިޔޭގައި އުޅުނުއިރު قيامة ދުވަހުން ހިސާބު ބެއްލެވުމާއިމެދު ބިރުނުގަންނަބަޔަކު ކަމުގައެވެ. އެކަމަށްނޭދޭ ބަޔަކުކަމުގައެވެ.

  29. 78:28

    وَكَذَّبُوا۟ بِـَٔايَـٰتِنَا كِذَّابًا

    Wa-kaẓẓaboo biʹAayaatinaa kiẓẓaabaa.

    އަދިއެމީހުންވީ ތިމަންރަސްކަލާނގެ އާޔަތްތައް ކަނޑައެޅިގެން ދޮގުކުރިބަޔަކު ކަމުގައެވެ.

  30. 78:29

    وَكُلَّ شَىْءٍ أَحْصَيْنَـٰهُ كِتَـٰبًا

    Wa-kulla shayʹin ʹaḥṣaynaahu Kitaabaa,

    އަދި ކޮންމެކަމެއް އަދި ކޮންމެއެއްޗެއް ތިމަންރަސްކަލާނގެ އެއެއްޗެއް ލިއުއްވައިހިމަނުއްވަމެވެ. (އެއީ އެކަލާނގެ އަޒަލުގެ ދެނެވޮޑިގަތުމުގައިވާގޮތަށެވެ.)

  31. 78:30

    فَذُوقُوا۟ فَلَن نَّزِيدَكُمْ إِلَّا عَذَابًا

    Faẓooq̣oo falan nazeedakum ʹil-laa ʻaẓaabaa.

    އަދި ނަރަކަވަންތަވެރިންނަށް قيامة ދުވަނުހް ނަރަކައިގެ عذاب ލިބެމުންދާހިދު އެމީހުންނަށް އެންގޭނެއެވެ. ކަލޭމެން عذاب ގެރަހަލިބިގަންނާށެވެ. عذاب ގެމައްޗަށް عذاب މެނުވީ ކަލޭމެނަށް ތިމަންރަސްކަލާނގެ އިތުރު ނުކުރައްވާހުށީމެވެ.

  32. 78:31

    إِنَّ لِلْمُتَّقِينَ مَفَازًا

    ʹInna lil-Mutta-q̣eena mafaazaa;

    ހަމަކަށަވަރުން تَقوَى ވެރިންނަށް އެދެވޭ ނަސީބާއި ކާމިޔާބު ވެއެވެ.

  33. 78:32

    حَدَآئِقَ وَأَعْنَـٰبًا

    Ḥadaaaʹiq̣a wa-ʹaʻnaabaa;

    އެއީ ބަގީޗާ ތަކާއި އަދި މޭބިސް ކަދުރެވެ. (ސުވަރުގެ ތަކާއި އެތަންތާގެ ޢަދަދު ނުކުރެވޭ ނިޢްމަތެވެ.)

  34. 78:33

    وَكَوَاعِبَ أَتْرَابًا

    Wa-kawaaʻiba ʹatraabaa:

    އަދި ރީތި ވަރަށް އުރަމަތި އުފުލިފައިވާ އެއް ޢުމުރެއްގެ ރީތި އަންހެން ކުދިންނެވެ.

  35. 78:34

    وَكَأْسًا دِهَاقًا

    Wa-kaʹsañ dihaaq̣aa.

    އަދި ފުރިފައިވާ ރަލުގެ ތަށިތަކެވެ. (ނުވަތަ ވިދިވިދިގެން އަންނަ ރާތަށިތަކެވެ.)

  36. 78:35

    لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّٰبًا

    Laa- yasmaʻoona feehaa lag̣wañw walaa- kiẓẓaabaa;

    އެމީހުން އެސުވަރުގޭގައި ތިބޭއިރު އެވެސް بَاطِل ވާހަކައެއް ނާހާނެއެވެ. އަދިއެއްވެސް ދޮގެއްވިޔަސް ނުއަހާނެއެވެ.

  37. 78:36

    جَزَآءً مِّن رَّبِّكَ عَطَآءً حِسَابًا

    Jazaaaʹam mir Rabbika ʻaṭaaaʹan ḥisaabaa,―

    (އޭ رَسُول الله އެވެ!) އެއީ ކަލޭގެ ފާނުންގެ رَبُّ ގެ حَضْرَةُ ން އެމީހުންނަށް ދެއްވާ ދަރުމައެއްގެ ގޮތުން ދެއްވާ ދެއްވުމެކެވެ. ފުދޭވަރު ހަދިޔާއެއްގެ ގޮތުން ދެއްވާ ޢިނާމެކެވެ.

  38. 78:37

    رَّبِّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ٱلرَّحْمَـٰنِ ۖ لَا يَمْلِكُونَ مِنْهُ خِطَابًا

    Rabbis samaawaati wal-ʹarḍi wa-maa baynahumar Raḥmaani laa- yam-likoona minhu khiṭaabaa.

    އެކަލާނގެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެތީގެ رَبُّ އެވެ. އެއީ އެންމެހައި ޚަލްޤު ތަކުންނަށް އެކަލާނގެ ރަޙްމަތް ޢާއްމުވެގެންވާ رَحْمَن ވަންތަ ކަލާނގެއެވެ. (އެކަލާނގެ އިޒުނަފުޅު ނެތިސް) އެކަލާނގެއަށް ބަސްފުޅެއް ދަންނަވައި ވާހަކައެއް ދެއްކެވުމުގެ ހުއްދައެއް ހަމަ އެކަކަށްވެސް އެދުވަހުން މިލްކުވެގެން ނުވެއެވެ.

  39. 78:38

    يَوْمَ يَقُومُ ٱلرُّوحُ وَٱلْمَلَـٰٓئِكَةُ صَفًّا ۖ لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَـٰنُ وَقَالَ صَوَابًا

    Yawma yaq̣oomur Rooḥu wal-malaaaʹikatu ṣaf-faa, laa- yatakallamoona ʹil-laa man ʹaẓina lahur Raḥmaanu wa-q̣aala ṣawaabaa.

    އެދުވަހަކީ- އެބަހީ قياَمة ދުވަހަކީ رُوح އާއި މަލާއިކަތް ބޭކަލުން ސަފަކަށް ތެދުވެވަޑައިގަންނަވާނެ ދުވަހެވެ. އެދުވަހުން އެމީހަކު ވާހަކަދެއްކުމަށް، ބަހެއްދެންނެވުމަށް، (އެބަހީ (شَفَاعَة ތެރިވެވަޑައިގަތުމަށް) رَحمن ވަންތަ ކަލާނގެ އިޒުނަ ދެއްވި މީހަކު މެނުވީ އެކަކުވެސް ބަހެއް ބުނެ ވާހަކަދައްކާ ނުހަދާނެއެވެ. އަދި އެ އިޒުނަ ދެއްވޭމީހަކީ އެމީހާ ދުނިޔޭގައި އުޅުނުއިރު ސީދާ ބަސްބުނިމީހަކުކަމުގައިވާނެއެވެ. އެބަހީ تَوحيد އަށް ހެކިވިމީހަކު ކަމުގައި ވާނެއެވެ. (އެނޫން މީހަކަށް شَفَاعَة ތެރިވެވަޑައިގަތުމުގެ އިޒުނަ އެދުވަހުންނޯންނާނެއެވެ.)\nދަންނައެވެ. މިއާޔަތުގައި ބަޔާންވެގެންމިވާ رُوح އަކާއިމެދު مُفَسِّر ންގެ ބަސް ތަފާތުވެގެންވެއެވެ. އެއީ ހައިބަބޮޑު މަލާއިކަތް ބޭކަލަކުކަމުގައި ބުނެވެއެވެ. އަދި އެއީ جِبريل ކަމުގައި ބުނެވެއެވެ. އަދި އެއީ آدم ގެ ދަރިންގެ ފުރާނަތަށް ކަމުގައި ބުނެވެއެވެ. ވީމާ މިވާހަކަ ހަނދާންކޮށްދިނީއެވެ.

  40. 78:39

    ذَٰلِكَ ٱلْيَوْمُ ٱلْحَقُّ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا

    Ẓaalikal Yawmul Ḥaq̣q̣: famañ shaaaʹat takhaẓa ʹi-laa Rabbihee maʹaabaa!

    އެދުވަހަކީ ޙައްޤު ވެގެންވާ ދުވަހެވެ. ދެންފަހެ އެމީހާގެ رَبُّ ގެ حَضْرَة އަށް ދިއުމަށް އަދި އެކަލާނގެ حَضْرَة ން ރަނގަޅު ޖާގައެއް ހޯދަންއެދޭމީހާ (صالح عمل ކޮށްގެން) އެ މަޤާމު ހޯދާ ހުށިކަމެވެ.

  41. 78:40

    إِنَّآ أَنذَرْنَـٰكُمْ عَذَابًا قَرِيبًا يَوْمَ يَنظُرُ ٱلْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ ٱلْكَافِرُ يَـٰلَيْتَنِى كُنتُ تُرَٰبًۢا

    ʹInnaaa ʹañẓarnaakum ʻAẓaabañ q̣areebaa,― Yawma yañ-z̤̣urul marʹu maa- q̣addamat yadaahu wa-yaq̣oolul kaafiru yaa-laytanee kuñtu turaabaa!

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް اِنذار ކޮށް މިބިރުގަންނަވަނީ ދާދިގާތުގައިވާ عذاب އެއްގެ ވާހަކައިންނެވެ. (އެ عذاب ގައި ނުޖެހުމަށްޓަކައެވެ. ކޮންމެ މީހަކުވެސް މަރުވުމުން އެކަން ފެށުނީއެވެ. އެހެންޏާ عذاب އެވެ. އެހެންޏާ އަރާމެވެ.) ފަހެ އެ قياَمة ދުވަހަކީ ކޮންމެ އިންސާނަކަށްވެސް އެމީހާ ދެއަތް އިސްކުރިކަމެއް (އެބަހީ އެމީހާ ކޮށްފައިވާ عملއެއް ހެވަސް ނުބަޔަސް) އެމީހާގެ ކުރިމަށްޗަށް އަންނާނޭދުވަހެވެ. އެ عمل ތަކަށް އޭނާ ބަލާނެއެވެ. އަދި ކާފަރުމީހާ އޭނާއަށް ހުރި عذاب އާއި ނުރައްކާ ބޮޑުކަމުން އޭނާ ބުނާނެއެވެ. އަހުރެން ވެއްޔަށް ވީނަމަ ކިހާރަނގަޅު ހެއްޔެވެ. އަހުރެން ވެއްޔަށް ވާނެނަމައެވެ.\nދަންނައެވެ. قياَمة ދުވަހުން ﷲ تَعالى އެންމެހާ ޖަނަވާރު ތަކެއްގެ މެދުގައިވެސް عدل އަށް ނިޔާކުރައްވައި އެސޮރުމެން ވެއްޔަށް ހައްދަވާނެކަމުގައި ވެއެވެ. އެތަންދެކެފައި ކާފަރު މީހާވެސް ވެއްޔަށް ވާން އެދޭނެކަމުގައި ވެއެވެ. وَاللهُ أعْلَم.

  42. Surah An-Nazi'atBegins here at 79:1

  43. 79:1

    وَٱلنَّـٰزِعَـٰتِ غَرْقًا

    Wan-NAAZIʻAATI g̣arq̣aa;

    ކާފަރުންނާއި ނުބައި ނުލަފާމީހުންގެ ފުރާނަތައް އެމީހުން މަރުވާ ވަގުތު ގަދަފަދަ ކަމާއިއެކު އެމީހުންގެ ހަށިތަކުން ދަމައިގަންނަވާ މަލާއިކަތްބޭކަލުން ގަންދެއްވަވައިﷲ ހުވައި وَحِي ކުރައްވައެވެ.

  44. 79:2

    وَٱلنَّـٰشِطَـٰتِ نَشْطًا

    Wan-naa-shi-ṭaati nashṭaa;

    އަދި ހީވަގިކަމާއި އޯގާވެރިކަމާއި އެކު މުއުމިނުންގެ ފުރާނަތައްއެހަށިތަކުން ވަކި ކުރައްވާ މަލާއިކަތް ބޭކަލުން ގަންދެއްވަވައިﷲ ހުވައި وَحِي ކުރައްވައެވެ.

  45. 79:3

    وَٱلسَّـٰبِحَـٰتِ سَبْحًا

    Wassaabiḥaati sabḥaa,―

    އަދި ﷲގެ އަމުރުފުޅާއިގެން އުޑުން އަވަސްއަވަހަށް ފައިބާވަޑައިގަންނަވާ މަލާއިކަތްބޭކަލުން ގަންދެއްވަވައި ﷲ ހުވައި وحي ކުރައްވައެވެ.

  46. 79:4

    فَٱلسَّـٰبِقَـٰتِ سَبْقًا

    Fassaabiq̣aati sabq̣aa,

    ފަހެ مؤمن ންގެ ފުރާނަތަކާއިގެން ސުވަރުގެޔަށް އަވަސްވެވަޑައިގަންންނަވާ މަލާއިކަތްބޭކަލުން ގަންދެއްވައި ﷲ ހުވައި وَحِي ކުރައްވައެވެ.

  47. 79:5

    فَٱلْمُدَبِّرَٰتِ أَمْرًا

    Fal-mudabbiraati ʹamraa.

    ދުނިޔޭގެ ކަންތައް ތަދުބީރު ކުރެއްވުމާއިގެން ﷲ ގެ حَضْرَة ން ފައިބާ ވަޑައިގަންންނަވާ މަލާއިކަތް ބޭކަލުން ގަނދެއްވައި ﷲ وَحِي ކުރައްވައެވެ. ދަންނައެވެ. މިމުހިއްމު ފަސްފަރާތް ގަންދެއްވައި ﷲ ހުވައި وَحِي ކުރައްވަނީ ހަމަކަށަވަރުން ކަލޭމެން މަރުވުމަށްފަހު އަލުންދިރުއްވައި مَحْشَر ކުރައްވައި ދުނިޔޭގައި ކޮށްފައިވާ ޢަމަލުތަކުގެ ޚަބަރު އަންގަވައި އެއަށްފުރިހަމަ ޖަޒާދެއްވާނެ ކަމަށެވެ. އެއީ ނުވެނުދާނޭކަމެކެވެ. މިއީ އެހުވައިތަކުގެ ޖަވާބެވެ. ވީމާ އެކަންކަން އެގޮތަށް ހިންގަވާނެއެވެ.

  48. 79:6

    يَوْمَ تَرْجُفُ ٱلرَّاجِفَةُ

    Yawma tarjufur raajifah,

    އެއީ ފުރަތަމަ ތާޅަފިލި ފުމެލެއްވޭދުވަހެވެ. (އެދުވަހުން ގަދަވެގެންވާ ބިންހެލުމެއްއައިސް އެންމެހާތަކެތި މަރުވެ ފަނާވެގެން ހިގައިދާނެއެވެ.)

  49. 79:7

    تَتْبَعُهَا ٱلرَّادِفَةُ

    Tatbaʻuhar Raadifah:

    ދެންއެޔާ ވިދިގެން ދެވަނަ ތާޅަފިލި ފުންމަވައި ލައްވާނެއެވެ. އެދެމެދުގައި ސާޅީސް އަހަރުވާނެކަމަށްحَدِيْث ގައި صَحَّ ކޮށްއައިސްފައިވެއެވެ.

  50. 79:8

    قُلُوبٌ يَوْمَئِذٍ وَاجِفَةٌ

    Q̣uloobuñy Yaw-maʹiẓiñw waajifah,

    އެދުވަހުން ބައެއްމީހުންގެ ހިތްތައްބިރުވެރިކަން ބޮޑުވެ ހާސްވެގެންވާނެއެވެ. އެއީނުބައި ނުލަފާމީހުންގެ ހިތްތަކެވެ.

  51. 79:9

    أَبْصَـٰرُهَا خَـٰشِعَةٌ

    ʹAbṣaaruhaa khaashiʻah.

    އަދި އެމީހުންގެ ލޯތައްހުންނާނީ ޖެހެންހުރި މުސީބާތުގެ ބޮޑުކަމުން ދެރަވެ ފެންކަޅިވެ ހިތާމަވެރިވެފައެވެ.

  52. 79:10

    يَقُولُونَ أَءِنَّا لَمَرْدُودُونَ فِى ٱلْحَافِرَةِ

    Yaq̣ooloona ʹa-ʹinnaa lamardoodoona fil ḥaafirah?―

    އެފަދަމީހުން ދުނިޔޭގައި އުޅުނުއިރު ރަސޫލުބޭކަލުންވަޑައިގެން ދީނަށްގޮވައިލައްވާ އަދި قياَمة އަށް ފޮނުއްވާ ވާހަކަ ވިދާޅުވީމާ އެމީހުން ބުނަނީ އަހުރެމެން ދެންދިރިގެން ދެވަނަފަހަރަށްވެސް އަންނާނޭ ހެއެއްޔެވެ؟ އެއީ މަލާމާތަށް ބުނާބުނުމެކެވެ. އަދި ބުނެއެވެ. އެއީ އެއްގޮތަކަށްވެސް ވާނޭކަމެއްނޫނެވެ.

  53. 79:11

    أَءِذَا كُنَّا عِظَـٰمًا نَّخِرَةً

    ʹAʹiẓaa kunnaa ʻiz̤̣aaman nakhirah?

    އަހުރެމެން މަރުވެގޮސް ކަށިތައްފީވެ އަޅިއަށްވީމާ އަލުން ދިރިގެން ދެވަނަފަހަރަށްمَحْشَرކުރެވޭނެހެއްޔެ؟

  54. 79:12

    قَالُوا۟ تِلْكَ إِذًا كَرَّةٌ خَاسِرَةٌ

    Q̣aaloo tilka ʹiẓañ karratun khaasirah!

    އެހެންކަމަށްވަންޏާ އެއީ ވަރަށްވެސް ގެއްލުން ބޮޑުވެގެންވާ އެއްކުރެއްވުމެކެވެ. (އެމީހުން އެހެން އެބުނަނީ މަލާމާތްކުރުމުގެ ގޮތުންނާއި އިންކާރު ކުރުމުގެ ގޮތުންނެވެ.) އޭގެ ޖަވާބުގައި ﷲ އެ وَحِي ކުރައްވަނީ އަންނަނިވި ފަދައިންނެވެ.

  55. 79:13

    فَإِنَّمَا هِىَ زَجْرَةٌ وَٰحِدَةٌ

    Faʹinnamaa hiya zajratuñw Waaḥidah,

    އެކަން ކަންވާނެކަން ކަށަވަރީ އެންމެފަހަރަކު ތާޅަފިލި ފުންމަވާލެއްވުމެއްކަމުގައެވެ. އެބަހީ މީސްތަކުންދިރިގެންތެދުވުންވާނީ އެންމެ ފަހަރަކު ތާޅަފިލި ފުންމަވާލެއްވުމުންނެވެ. އެއީ ދެވަނަތާޅަފިއްޔެވެ.

  56. 79:14

    فَإِذَا هُم بِٱلسَّاهِرَةِ

    Faʹiẓaa hum̃ bissaahirah.

    އެހައިރުން އެންމެހައި މީސްތަކުން ތިބޭނީ ބިމުގެތެރެއިން ނުކުމެ ބިމުގެ މަތީގައެވެ. ލޯތައްހުޅުވައިގެން ބަލަބަލައެވެ. ނުނިދާނެއެވެ. އެބިމަށްކިޔަނީ سَاهِرة އެވެ. އެބިމަށްއެނަންކިއުނީވެސް މީސްތަކުން އެގޮތަށް ނުނިދައި ތިބޭތީކަމުގައެވެ. އަދި އެއީ ރިހިކުލައިގެ ބިމެއްކަމުގައި ބުނެވުނެވެ. وَاللهُ أعْلَم • ދަންނައެވެ. މިސޫރަތް ފެށުނުތާގައިވާ وَالنَّازِعَاتِ - وَالنَّاشِطَاتِ - وَالسَّابِحَاتِ - فَالسَّابِقَاتِ - فَالْمُدَبِّرَاتِ މިފަސްކަލިމައާއިމެދު مُفَسِّرُ ންގެ ބަސްތަފާތުވެގެންވެއެވެ. ތަފާތުގޮތްގޮތަށް ބުނެވިފައި ވެއެވެ. އަޅުގަޑު ލިޔެފައި މިވަނީ ގިނަބޭކަލުން ވިދާޅުވިގޮތެވެ. ނަމަވެސް...\n• ބައެއްބޭކަލުން ވިދާޅުވެފައިވަނީ އެއީ އިންސާނާގެ ނަފުސުގެ ފަސްޙާލަތުކަމުގައެވެ. • އަނެއްބައިބޭކަލުންވިދާޅުވަނީ އެއީ މަރުކަމުގައެވެ. • އަނެއްބައިބޭކަލުންވިދާޅުވަނީއެއީ ތަރިތަރިކަމުގައެވެ. އަދިމިނޫން ގޮތްގޮތަށްވެސް ބުނެވިފައިވެއެވެ. އަދި އެއިންކޮންމެ ބަހަކަށްވެސް تَوْجِيْه އެއްވެއެވެ. އެވާހަކަތައް އެހެންވަގުތަކުން ދަންނަވާނީއެވެ. • ކޮންމެއަކަސް ދެވަނަފަހަރަށް ދިރިގެން مَحْشر އަށް ފޮނުއްވެމުގެ މައްސަލަ ދޮގުކުރި މީހުން އަދި ދޮގުކުރަމުންދާމީހުން ވަރަށް ގިނައެވެ. އިސްވެދިޔަ أمة ތަކުގައިވެސް رَسُول ބޭކަލުން ދޮގުކުރުމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެއީ އެވެ. قِيامة ދޮގުކުރުމެވެ. އެހެންނަމަވެސް އެއީ ދުވާލުގެ އިރަށްވުރެ އަލިގަދަ ދަލީލު ހުރިކަމެކެވެ. عَقلى ދަލީލާއި نَقلى ދަލީލެވެ. ދުނިޔޭގެ މިއޮއްބޮޑު ކާރުޚާނާގައިވެސް ނަތީޖާއެއް އޮންނަންވާނެއެވެ. ކުދިކުދި ކާރުޚާނާތަކުގައިވެސް ގަޑިޔަށް ފަރުވާބަހައްޓާމީހުންނާ ބަރާބަރަށް މަސައްކަތް ކުރާމީހުންނަށް ބޮޑު އުޖޫރަ ދެއްވުން އޮވެއެވެ. އެއީ އެންމެން ދަންނަކަމެކެވެ. އެހެންވީއިރު މި ކާރުޚާނާގައިވެސް ރަނގަޅަށް މަސައްކަތްކުރި މީހުންނާއި ފަރުވާބެހެއްޓި މީހުންނަށް މަތީ ދަރަޖަ ހުންނާނެކަމީ ޝައްކެއް ހުރި ކަމެއްނޫނެވެ. ފަރުވާކުޑަކޮށް ގަޑިޔަށާއި މަސައްކަތަށް މަކަރު ހެދި މީހުންނަށް މުސާރައިން ކެނޑެންޖެހޭނެއެވެ. އެކަން އޮންނާނީ އަހަރީ ރިޕޯޓް އިއްވާ ދުވަހުންނެވެ. އެއީ قِيامة ދުވަހެވެ. ވަނަވަނައަށް އިނާމާއި ކުށްވެރިންނަށް އަދަބު އޮންނަންޖެހޭނެކަން ސަލާމަތް ބުއްދިއަކަށް ވިއްޔާ ޤަބޫލު ކުރެވޭނެއެވެ. މިއި عَقلى ދަލީލެވެ. نَقلى ދަލީ އަދިއެހާގިނައެވެ.

  57. 79:15

    هَلْ أَتَىٰكَ حَدِيثُ مُوسَىٰٓ

    Hal ʹataaka ḥadees̤u Moosaa?

    އޭ (رَسُول اللهއެވެ!) ހަމަކަށަވަރުން عِمْرَانُ ގެދަރިކަލުން مُوسَى عَلَيْهِ السَّلآم ގެ خَبَرُ ކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެއެވެ. ނުވަތަ އެވާހަކަ ކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެތޯއެވެ؟ (މިދެގޮތަށްވެސް މާނަކުރައްވާފައިވެއެވެ.)

  58. 79:16

    إِذْ نَادَىٰهُ رَبُّهُۥ بِٱلْوَادِ ٱلْمُقَدَّسِ طُوًى

    ʹIẓ naadaahu Rabbuhoo bil-waadil muq̣addasi Ṭuwaa:

    އެއީ އެކަލޭގެފާނުންގެ رَبُّ طُوَى އެވެކިޔޭ مُقَدَّس ބަރަކާތްތެރި ވާދީގައި އެކަލޭގެފާނަށް ނިދާ އިއްވެވިހިދުގައެވެ.

  59. 79:17

    ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ

    ʹIẓhab ʹilaa Firʻawna ʹinnahoo ṭag̣aa;

    އޭ مُوسَى عَلَيْهِ السَّلآم އެވެ. ކަލޭގެފާނު فرعون ގެ ގާތަށް ރަސޫލުކަމާއިގެން ވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އޭނާ ވަނީ ބޮޑާވެ ނުކިޔަމަންތެރި ވެގެންނެވެ.

  60. 79:18

    فَقُلْ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ

    Faq̣ul hal laka ʹilaaa ʹañ tazakkaa?―

    އަދިކަލޭގެފާނުން އޭނާގެ ގާތަށްވަޑައިގެން ވިދާޅުވާށެވެ. (އޭ فِرْعَونُ އެވެ.) މަނިކުފާނު ފަހެ ޝިރުކުކުރެއްވުން ދޫކޮށްލައްވައި އަދި ނުބައި ކަންތައްތައްދޫކޮށް ލައްވައި طَاهِر ވެވަޑައިނުގަންނަވާނުތޯއެވެ؟ (الله تَعَالَى مُوسَى عَلَيْه السَّلآم އަށް އަންގަވާފައިވަނީ މައިތިރިބަހުން އެނާއާއިމެދު ވިދާޅުވުމަށެވެ.)

  61. 79:19

    وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ

    Wa-ʹahdiyaka ʹilaa Rabbika fatakhshaa?

    (مُوسَى عَلَيْه السَّلآم فِرْعَونُ އަށް ވިދާޅުވިއެވެ. އަހުރެން މަނިކުފާނުންގެ رَبُّ ގެފަރާތަށް މަނިކުފާނަށް މަގުދައްކަވާހުށީމެވެ. އޭރުން އެކަލާނގެއަށް ބިރުވެތިވަޑައިގަތުން އެކަށީގެންވެއެވެ.

  62. 79:20

    فَأَرَىٰهُ ٱلْـَٔايَةَ ٱلْكُبْرَىٰ

    Faʹaraahul ʹAayatal Kubraa.

    ފަހެ مُوسَى عَلَيْه السَّلآم އޭނާއަށް ބޮޑުވެގެންވާ مُعْجِزَة ދެއްކެވިއެވެ. އެއީ އެކަލޭގެފާނުންގެ އަސާކޮޅު ކަމުގައި އަދި އަތްޕުޅުކަމުގައި ބުނެވުނެވެ.

  63. 79:21

    فَكَذَّبَ وَعَصَىٰ

    Fakaẓẓaba wa-ʻaṣaa:

    ފަހެ އޭނާ مُوسَى عَلَيْه السَّلآم ގެރަސޫލުކަން ދޮގުކޮށް الله އަށް އުރެދިއްޖެއެވެ.

  64. 79:22

    ثُمَّ أَدْبَرَ يَسْعَىٰ

    S̤umma ʹadbara yasʻaa,

    ދެން އޭނާ އީމާންކަމަށް ފުރަގަސްދީފިއެވެ. އަދި مُوسَى عَلَيْه السَّلآم އާއި އިދިކޮޅަށް މަސައްކަތްކުރަންފަށައިފިއެވެ.

  65. 79:23

    فَحَشَرَ فَنَادَىٰ

    Faḥashara fanaadaa,

    ،(24) ދެންފަހެ އޭނާމީސްތަކުން އެއްކޮށް ޖަމާކުރިއެވެ. އަދި މީސްތަކުންނަށް އޭނާގޮވައިލީ " އަހުރެންނަކީ ކަލޭމެންގެ އެންމެ މަތީ رَبُّ އެވެ. " މިފަދައިންނެވެ.

  66. 79:24

    فَقَالَ أَنَا۠ رَبُّكُمُ ٱلْأَعْلَىٰ

    Faq̣aala ʹana Rabbukumul ʹaʻlaa.

    ،(24) ދެންފަހެ އޭނާމީސްތަކުން އެއްކޮށް ޖަމާކުރިއެވެ. އަދި މީސްތަކުންނަށް އޭނާގޮވައިލީ " އަހުރެންނަކީ ކަލޭމެންގެ އެންމެ މަތީ رَبُّ އެވެ. " މިފަދައިންނެވެ.

  67. 79:25

    فَأَخَذَهُ ٱللَّهُ نَكَالَ ٱلْـَٔاخِرَةِ وَٱلْأُولَىٰٓ

    Faʹakhaẓahul laahu nakaalal ʹAakhirati wal-ʹoolaa.

    ފަހެ الله تَعَالَى އޭނާ ހިތްޕަވައިފިއެވެ. ހަލާކު ކުރައްވައިފިއެވެ. (ކަނޑުގައި غَرَقُ ކުރައްވައިގެންނެވެ.) އެއީ އޭނާބުނިދެބަހެއްގެ ސަބަބުންނެވެ. (مَاعَلِمْتُ لَكُمْ مِنْ إلَهٍ غَيْرِى މިބަހާއި أَنَا رَبُّكُمُ الْأَعْلَىٰ މިބަހެވެ.

  68. 79:26

    إِنَّ فِى ذَٰلِكَ لَعِبْرَةً لِّمَن يَخْشَىٰٓ

    ʹInna fee ẓaalika laʻibratal limañy yakhshaa.

    ހަމަކަށަވަރުން އެކަންކަމުގައި އެބަހީ فِرْعَونُ ގެ حَا دِثَة ގައި الله އަށްބިރުވެތިވާ ބަޔަކަށް عِبْرَة އާއި وَعْظُ نَصِيْحَة ވެއެވެ.

  69. 79:27

    ءَأَنتُمْ أَشَدُّ خَلْقًا أَمِ ٱلسَّمَآءُ ۚ بَنَىٰهَا

    ʹA-ʹañtum ʹa-shaddu khalq̣an ʹamis samaaaʹ? Banaahaa:

    (قياَمة ދުވަސްދޮގުކޮށް އެކަމަށް އިންކާރުކުރާ އެންމެންނޭވެ.) އުދަގޫވެފައި ބުރަކަމަކަށްވާނީ ދެވަނަފަހަރަށް ކަލޭމެން ހައްދަވައި مَحْشَرُ ކުރެއްވުން ހެއްޔެވެ؟ ނުވަތަ އުޑު ހެއްދެވުންހެއްޔެވެ؟ (އެއްވެސްމިސާލެއްނެތި އިންސާނާހައްދަވައި އޭނާގެ ކަންތައް ބަރާބަރު ކުރެއްވި ކަލަކަށް އޭނާމަރުވުމަށްފަހު ދެވަނަފަހަރަށް ހައްދަވައި مَحْشَرُ ކުރެއްވުން މާފަސޭހަވާނެކަން ކޮންމެ ސަލާމަތް ބުއްދިއަކަ ރަނގަޅަށްއެނގޭނެއެވެ. މިހެނީ މިއޮއްބޮޑެތި އުޑުތައްމިހާފުރިހަކޮށް ބަދަހިކޮށް ހެއްދެވުން އިންސާނާ ހެއްދެވުމަށްވުރެ މާއުދަގޫވެފައި ބަރުވާނެއެވެ. އަދި މިއިން އެއްވެސްކަމަކީ الله تَعَالَى އަށްދަތިކަމެއްނޫނެވެ.

  70. 79:28

    رَفَعَ سَمْكَهَا فَسَوَّىٰهَا

    Rafaʻa sam-kahaa fasawwaahaa.

    އެކަލާނގެ އުޑު އުސްކުރައްވައި ބިމުގެ ފުރާޅެއްފަދައިން ލެއްވިއެވެ. އަދިއެއުޑުގެ ހުރިހާކަމެއްބަރާބަރު ކުރެއްވިއެވެ.

  71. 79:29

    وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَىٰهَا

    Wa-ʹag̣ṭasha laylahaa wa-ʹakhraja ḍuḥaahaa.

    އަދިއެއުޑުގެ ރޭގަޑު އަދިރިކުރައްވައި އަދި ދުވާލު އަލިކޮށް ފާޅުކޮށްނެރުއްވިއެވެ.

  72. 79:30

    وَٱلْأَرْضَ بَعْدَ ذَٰلِكَ دَحَىٰهَآ

    Wal-ʹarḍa baʻda ẓaalika daḥaahaa;

    އުޑުހެއްދެވުމަށްފަހު ދެން އެކަލާނގެ ބިންފެތުރުއްވެވިއެވެ.

  73. 79:31

    أَخْرَجَ مِنْهَا مَآءَهَا وَمَرْعَىٰهَا

    ʹAkhraja minhaa maaa-ʹahaa wa-marʻaahaa;

    އަދި ބިންގަނޑުގެތެރެއިން ފެންނުކުންނާނޭގޮތް ހައްދަވައި އަދި ފަތްޕިލާވެލި އެތާފެޅުއްވިއެވެ.

  74. 79:32

    وَٱلْجِبَالَ أَرْسَىٰهَا

    Wal-jibaala ʹarsaahaa;

    އަދި ބިންގަނޑު ނުގުޑޭނޭގޮތުން އެބިމުގައި އެކަލާނގެ ފަރުބަދަތައް ޖެއްސެވިއެވެ.

  75. 79:33

    مَتَـٰعًا لَّكُمْ وَلِأَنْعَـٰمِكُمْ

    Mataaʻal lakum wa-liʹanʻaamikum.

    (އޭއިންސާނުންނޭވެ.) މިހުރިހާކަމަކީވެސް ކަލޭމެންނާއި ކަލޭމެންގެ نَعَم ސޫފިތަކުގެ މަންފާއެއްގެ ގޮތުންވާ ކަންކަމެވެ.

  76. 79:34

    فَإِذَا جَآءَتِ ٱلطَّآمَّةُ ٱلْكُبْرَىٰ

    Faʹiẓaa jaaaʹatiṭ ṭaaammatul Kubraa,―

    ދެންފަހެ ތާޅަފިލި ފުންމަވައި ލައްވައިފިއްޔާ (އެއީ ދެވަނަތާޅަފިއްޔެވެ.)

  77. 79:35

    يَوْمَ يَتَذَكَّرُ ٱلْإِنسَـٰنُ مَا سَعَىٰ

    Yawma yataẓakkarul ʹiñsaanu maa- saʻaa,

    އެދުވަހުން އިންސާނާ ކަށްވަޅުން ނުކުމެ އޭނާދުނިޔޭގައި ކުރިހާކަމެއް ހަދާންކުރާނެއެވެ. އަދި މީސްތަކުންގެ ޢަމަލުތައްހުންނާނީ ލިޔެވި އެމީހުންގެ ކުރިމަތީހާމަވެގެންނެވެ.

  78. 79:36

    وَبُرِّزَتِ ٱلْجَحِيمُ لِمَن يَرَىٰ

    Wa-burrizatil Jaḥeemu limañy yaraa.

    އަދި ދެކޭމީހަކު ދުށުމަށް ނަރަކަ ފާޅުކުރެވޭނެއެވެ. (ފަހެ މުއުމިނުމީހާ އެނަރަކަފެނުމުން الله އޭނާއަށް ދެއްވާފައިވާ ގިނަގުނަ نِعْمَة ހަދާންކޮށް އެނަރަކައިން ސަލާމަތްވީކަމުގެ އުފާކުރާނެއެވެ. އަދި ކާފަރުމީހާ އެނާގެ ހިތާމައިގެމައްޗަށް ހިތާމައިތުރުވާނެއެވެ.)

  79. 79:37

    فَأَمَّا مَن طَغَىٰ

    Faʹammaa mañ ṭag̣aa,

    ފަހެ ކާފަރުކަމާއި އުރެދުމުގައި ހައްދުފަހަނައަޅައިފިމީހާދަންނައެވެ.

  80. 79:38

    وَءَاثَرَ ٱلْحَيَوٰةَ ٱلدُّنْيَا

    Wa-ʹaas̤aral ḥayaatad dunyaa,

    އަދިއެނާގެ آخِرَةُ ގެކަންތަކަށްވުރެ ދުނިޔޭގެކަންތައް އިސްކުރިމީހާ

  81. 79:39

    فَإِنَّ ٱلْجَحِيمَ هِىَ ٱلْمَأْوَىٰ

    Faʹinnal Jaḥeema hiyal maʹwaa.

    ހަމަކަށަވަރުން އެނާގޮސް އޮންނާނެތަނަކީ ނަރަކައެވެ.

  82. 79:40

    وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ

    Wa-ʹammaa man khaafa Maq̣aama Rabbihee wa-nahan nafsa ʻanil hawaa,

    އަދި ތިމާ ހައްދަވާބޮޑުކުރެއްވި رَبُّ ގެ حَضْرَةُ ގައި قِيَامَة ދުވަހުން ހުންނަންޖެހޭނެ މަގާމަކާއިމެދު ބިރުވެތިވެ އަދި ތިމާގެ ނަފުސު އެންމެހައި އުރެދުންތަކުން ދުރުކޮށް މަނާކޮށްފިމީހާ ދަންނައެވެ.

  83. 79:41

    فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ

    Faʹinnal Jannata hiyal maʹwaa.

    ފަހެ އޭނާ قِيَامَة ދުވަހުން ހަމަޖެހި ހުންނާނެތަނަކީ ސުވަރުގެއެވެ. އަދިއެތާގެ نِعْمَة ތަކެވެ.

  84. 79:42

    يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا

    Yasʹaloonaka ʻanis Saaʻati ʹayyaana mursaahaa?

    (އޭ رَسُولُ الله އެވެ.) قِيَامَة ވާނެ ވަގުތަކާއިމެދު އެމީހުން ކަލޭގެފާނާއި ސުވާލު ކުރެއެވެ.

  85. 79:43

    فِيمَ أَنتَ مِن ذِكْرَىٰهَآ

    Feema ʹañta miñ ẓikraahaa?

    އެހެންނަމަވެސް އެވާހަކަ ކަލޭގެފާނާދެއްކުމުގެ ދެންއޮތީކޮން ކަމެއްހެއްޔެވެ؟

  86. 79:44

    إِلَىٰ رَبِّكَ مُنتَهَىٰهَآ

    ʹIlaa Rabbika Muñtahaahaa.

    އެކަމުގެ އެންމެހައި އެގުމެއްވަނީ ހަމަކަށަވަރުން ކަލޭގެފާނުންގެ رَبُّ ގެ حَضْرَةُ ގައެވެ. އެހެން އެއްވެސް ފަރާތަކަށް އެކަންނޭގޭނެއެވެ.

  87. 79:45

    إِنَّمَآ أَنتَ مُنذِرُ مَن يَخْشَىٰهَا

    ʹInnamaaa ʹañta muñẓiru mañy yakhshaahaa.

    ކަލޭގެފާނުންވާކަން ކަށަވަރީ އެދުވަހަށްބިރުވެތިވާމީކަށް އެދުވަހުގެ ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައެވެ.

  88. 79:46

    كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوٓا۟ إِلَّا عَشِيَّةً أَوْ ضُحَىٰهَا

    Kaʹannahum Yawma yarawnahaa lam yalbas̤ooo ʹillaa ʻashiyyatan ʹaw ḍuḥaahaa!

    އެ قِيَامَة ދުވަހުގެ ބިރުވެރިކަން ފެންނަހިދު އެމީހުން ކޮންފަދަ ހެއްޔެވެ. އެމީހުންނަށް ހީވާނީ އެމީހުން ދުނިޔޭގައި އުޅުނީ ދުވާލެއްގެ ހަވީރުގެވަގުތުކޮޅެއްގައިހެންނެވެ. ނުވަތަ ދުވާލެއްގެ ހެދުނުގެ ވަގުތުކޮޅެއްގައިހެންނެވެ.

  89. Surah 'AbasaBegins here at 80:1

  90. 80:1

    عَبَسَ وَتَوَلَّىٰٓ

    ʻABASA wa-tawallaa,

    (رسول الله ﷺ) މޫނުފުޅު ހުތުރު ކުރަށްވައި ރުހި ވަޑައި ނުގެން އެނބުރި ވަޑައިގެންފިއެވެ.

  91. 80:2

    أَن جَآءَهُ ٱلْأَعْمَىٰ

    ʹAñ jaaa-ʹahul ʹaʻmaa.

    އެއީ އެކަލޭގެ ފާނުންގެ އަރިހަށް އަނދިރި މީހަކު އައިހިނދުންނެވެ. (އެއީ އޭނާއަށްވުރެ ބޮޑެތި ބަޔަކަށް އިސްލާމްދީނަށް ގޮވައި ލައްވައި އެމީހުން އިސްލާމްވުގެ ޝައުޤު ގައި އިންނެވި ވަގުތެއްގައެވެ.) އެކަމާމެދު ﷲ تَعَالى عِتَابُ ގެ ބަސްފުޅު އިއްވަވަނީއެވެ.

  92. 80:3

    وَمَا يُدْرِيكَ لَعَلَّهُۥ يَزَّكَّىٰٓ

    Wa-maa yudreeka laʻallahoo yaz-zakkaa?―

    (އޭ رسول الله އެވެ!) އެމީހާ އީމާން ނުވާނެކަމެއް ކަލޭގެފާނަށް އަންގަވައި ދެއްވީ ކޮންއެއްޗެއް ތޯއެވެ؟ އަދި ކިއެއްހެއްޔެވެ؟ އޭނާ އީމާންވެ طَاهِرُ ވެގަތުން އުއްމީދު ކުރެވެއެވެ.

  93. 80:4

    أَوْ يَذَّكَّرُ فَتَنفَعَهُ ٱلذِّكْرَىٰٓ

    ʹAw yaẓ-ẓak-karu fatañfaʻahuẓ Ẓikraa?

    ނުވަތަ އޭނާ وَعْظُ نَصِيْحَة ކަލޭގެފާނުންގެ އަރިއަރިއަހުން ލިބިގެންފާނެއެވެ. ދެން އެ وَعْظُ نَصِيْحَة ން އޭނާއަށް މަންފާ ކޮށްފާނެއެވެ. (އިސްލާމްވެ މާތް މީހަކަށް ވެދާނެއެވެ.)

  94. 80:5

    أَمَّا مَنِ ٱسْتَغْنَىٰ

    ʹAmmaa manis tag̣naa,

    އެކަމަކު ކަލޭގެފާނުންގެ وَعْظُ نَصِيْحَة ނުއަހައި އެއިންފުދިގެންފި މީހާ ދަންނައެވެ. (ބުނެވެނީ އެއީ أَبُو جَهُلُ އާއި އެބާވަތުގެ ދެތިން މީހަކު ކަމަށެވެ.)

  95. 80:6

    فَأَنتَ لَهُۥ تَصَدَّىٰ

    Faʹañta lahoo taṣaddaa;

    ކަލޭގެފާނުން އޭނާޔާ ކުރިމަތިފުޅުލައްވައި ވާހަކަފުޅު ދައްކަވަނީ އެވެ.

  96. 80:7

    وَمَا عَلَيْكَ أَلَّا يَزَّكَّىٰ

    Wa-maa ʻalayka ʹallaa yaz-zakkaa.

    އަދި އޭނާ އީމާންވެ ފާފައިން طَاهِرُ ވެ ނުގަތުމުން ކަލޭގެފާނަށް އޮތީ ކޮން ގެއްލުމެއް ތޯއެވެ؟ (ހަމަކަށަވަރުން ކަލޭގެފާނު އޭނާއަށް ރަސޫލުކަން އިއްވައި އަމާނާތް އަދާ ކުރައްވައިފީމުއެވެ.)

  97. 80:8

    وَأَمَّا مَن جَآءَكَ يَسْعَىٰ

    Wa-ʹammaa mañ jaaa-ʹaka yasʻaa,

    އަދި ކަލޭގެފާނުންގެ އަރިހަށް އަވަސްވެގެންވާޙާލް އަވަސް އަވަހަށްއައިމީހާ ދަންނައެވެ.

  98. 80:9

    وَهُوَ يَخْشَىٰ

    Wa-huwa yakhshaa,

    އޭނާ އައީ ބިރުވެތިވެގެންވާ ޙާލުގައެވެ. (އެއީ عَبد الله بن أم مكتوم އެވެ.)

  99. 80:10

    فَأَنتَ عَنْهُ تَلَهَّىٰ

    Faʹañta ʻanhu talahhaa.

    ދެން ފަހެ ކަލޭގެފާނު އޭނާގެ ކިބައިން غَافِلُ ވެ ވަޑައިގެން ދުރުވެވަޑައިގަންނަވަނީއެވެ.)

  100. 80:11

    كَلَّآ إِنَّهَا تَذْكِرَةٌ

    Kallaaa ʹinnahaa Taẓkirah:

    އެއްގޮތަކަށްވެސް އެއީ އެކަށީގެންވާ ގޮތެއްނޫނެވެ. ހަމަކަށަވަރުން މިއާޔަތްތަކަކީ ނުވަތަ މިސޫރަތަކީ ނުވަތަ މުޅިقُرْآن އަކީ وَعْظُ نَصِيْحَة އެވެ.

  101. 80:12

    فَمَن شَآءَ ذَكَرَهُۥ

    Famañ shaaʹa ẓakarah.

    ފަހެއެދޭމީހަކު އެއިން وَعْظُ نَصِيْحَة ލިބިގަންނާށެވެ.

  102. 80:13

    فِى صُحُفٍ مُّكَرَّمَةٍ

    Fee ṣuḥufim mukarramah,

    އެއީ މާތްވެގެންވާ ފަތްފުށްތަކެއްގައި ލިޔެވިގެންވާ އާޔަތްތަކެކެވެ. އެބަހީ އެއާޔަތްތައްބާވާތްލެއްވި އިރުވަނީ لَوحُ المَحْفُوظُ ގައެވެ.

  103. 80:14

    مَّرْفُوعَةٍ مُّطَهَّرَةٍۭ

    Marfooʻatim muṭahharah,

    އެއީ ﷲ ގެ حَضْرَةُ ގައިމިންވަރު އުފުލިގެންވާ މާތްފޮތެކެވެ. އެންމެހައި އުނިކަމަކާއި عَيْبُ އަކުން ސަލާމަތްވެގެންވާފޮތެކެވެ. شَيْطَان ންނާއި ކާފަރުންގެ ބީހުމެއްނުވާ طَاهِرُ އާޔަތްތަކެކެވެ.

  104. 80:15

    بِأَيْدِى سَفَرَةٍ

    Biʹaydee safarah―

    އެއާޔަތްތައް ގެންނަވާފައިވަނީ ﷲ ގެ حَضْرَةُ ން ރަސޫލުބޭކަލުންގެއަރިހަށް ވަޑައިގަންނަވާ މަލާއިކަތްބޭކަލުންގެ އަތްޕުޅުތަކުންނެވެ.

  105. 80:16

    كِرَامٍۭ بَرَرَةٍ

    Kiraamim bararah.

    އެބޭކަލުންނަކީ އެބޭކަލުންގެ رَبُّ އަށް ކިޔަމަންތެރިވެވަޑައިގެންވާ تَقْوَىވެރިމާތްބޭކަލުންނެވެ.

  106. 80:17

    قُتِلَ ٱلْإِنسَـٰنُ مَآ أَكْفَرَهُۥ

    Q̣utilal ʹiñsaanu maaa ʹakfarah?

    ކާފަރު އިންސާނާއަށް لَعْنَة ލެވިއްޖެއެވެ. الله އޭނާއަށް لَعْنَة ލައްވައިފިއެވެ. އޭނާގެހުރި ކާފަރުކަމުގެ ބޮޑުކަމާއެވެ. (އޭނާހެއްދެވުނުގޮތާއިމެދު އޭނާވިސްނުންހުއްޓެވެ)

  107. 80:18

    مِنْ أَىِّ شَىْءٍ خَلَقَهُۥ

    Min ʹayyi shayʹin khalaq̣ah?

    الله އެނާހެއްދެވީ ކޮންފަދަ ދެރައެއްޗަކުން ހެއްޔެވެ؟

  108. 80:19

    مِن نُّطْفَةٍ خَلَقَهُۥ فَقَدَّرَهُۥ

    Min nuṭfah: khalaq̣ahoo faq̣addarah;

    އެކަލާނގެ އޭނާ ހެއްދެވީ މަނިފޮދުވަރަކުންނެވެ. ދެންފަހެ الله އޭނާ ފުރިހަމަކުރައްވައި ބަރާބަރުކުރެއްވިއެވެ. (އެނާގެ ގުނަވަންތަކާއި އިސްކޮޅާއި ގައިގެކުލަޔާއި އަދިވެސް އެންމެހައިކަމެއް އެކަލާނގެ ފުރިހަމަކޮށްދެއްވިއެވެ.)

  109. 80:20

    ثُمَّ ٱلسَّبِيلَ يَسَّرَهُۥ

    S̤ummas sabeela yas-sarah;

    ދެން އޭނާ އެނާގެ މަންމަގެ ބަނޑުން ނުކުންނާނެގޮތްވެސްފަސޭހަކޮށް ދެއްވީ ހަމައެކަލާނގެއެވެ. އަދި ދުނިޔޭގައި އޭނާއުޅޭނެ މިންވަރަކާއި ހެޔޮނުބައި ވަކިވާނެގޮތްދެއްކެވީވެސް ހަމައެކަލާނގެއެވެ.

  110. 80:21

    ثُمَّ أَمَاتَهُۥ فَأَقْبَرَهُۥ

    S̤umma ʹamaatahoo faʹaq̣barah;

    ދެންއޭނާއަށް ކަނޑައެޅިފައިވާ ޢުމުރުހަމަވުމުން އޭނާމަރުގަންނަވައި ކަށްވަޅުގައި އޮންނާނެގޮތްވެސްހެއްދެވީ ހަމައެކަލާނގެއެވެ.

  111. 80:22

    ثُمَّ إِذَا شَآءَ أَنشَرَهُۥ

    S̤umma ʹiẓaa shaaaʹa ʹañsharah.

    ދެން އެކަލާނގެ އެދިވޮޑިގެންނެވި ހިދަކުން އަލުންއޭނާދިރުއްވައި مَحْشَرُ އަށް ފޮނުއްވާނީވެސް ހަމައެކަލާނގެއެވެ. (ފަހެމިފަދައިން އިންސާނާ ހައްދަވައި އޭނާގެކަންތައް ފުރިހަމަ نِظَامُ އެއްގެމަތިން ގެންދަވާ މަތިވެރިމާތް الله އަށް އެއިންސާނާ ބޮޑާވެގަތުން ޙައްގުވާނީކޮންފަދައަކުން ހެއްޔެވެ؟)

  112. 80:23

    كَلَّا لَمَّا يَقْضِ مَآ أَمَرَهُۥ

    Kallaa lammaa yaq̣ḍi maaa ʹamarah.

    އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އެމީހުން އެހީކުރާގޮތަކަށް ނުވާނެއެވެ. الله އެމީހުންނަށް އަމުރުކުރެއްވިކަންތައް އަދިމިހާތަނަކަށް އެމީހުން ނުކުރެއެވެ.

  113. 80:24

    فَلْيَنظُرِ ٱلْإِنسَـٰنُ إِلَىٰ طَعَامِهِۦٓ

    Falyañz̤̣uril ʹiñsaanu ʹilaa Ṭaʻaamih:

    ފަހެ އިންސާނާ އެނާގެ ކާބޯތަކެއްޗަށް ވިސްނާފިކުރު ކުރުން ހުއްޓެވެ.

  114. 80:25

    أَنَّا صَبَبْنَا ٱلْمَآءَ صَبًّا

    ʹAnnaa ṣabab nalmaaaʹa ṣabbaa,

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ ބިމަށް ވާރޭވެއްސެވީ ކޮންފަދައަކުންހެއްޔެވެ؟ އަދިއެފެން ބިމުގައި ޚަޒާނާކުރެއްވީމެވެ.

  115. 80:26

    ثُمَّ شَقَقْنَا ٱلْأَرْضَ شَقًّا

    S̤umma sha-q̣aq̣nal ʹarḍa shaq̣q̣aa;

    އަދި ގަސްގަހާގެހިފެޅުމަށްޓަކައި ބިމުގެ ވެލިގަޑުފެޅުއްވީމެވެ.

  116. 80:27

    فَأَنۢبَتْنَا فِيهَا حَبًّا

    Faʹambatnaa feehaa Ḥabbaa,

    ދެން އެބިމުން ތިމަންރަސްކަލާނގެ އެކިބާވަތްބާވަތުގެ ގަސްގަހާގެހި ފަޅުއްވައި އެކިބާވަތުގެ އޮށްޓަރު ނެރުއްވީމެވެ.

  117. 80:28

    وَعِنَبًا وَقَضْبًا

    Wa-ʻinabañw Waq̣aḍbaa,

    އަދި މޭބިސްކަދުރުގެ ވައްތަރުތަކާއި ވިނައިގެ ބާވަތްތައް ފެޅުއްވީމެވެ.

  118. 80:29

    وَزَيْتُونًا وَنَخْلًا

    Wa-zaytoonañw Wanakhlaa,

    އަދި ޒަތޫނި ގަސްތަކާއި ކަދުރު ރުއްތައްވެސް ނެރުއްވީމެވެ.

  119. 80:30

    وَحَدَآئِقَ غُلْبًا

    Wa-ḥadaaaʹiq̣a g̣ulbaa,

    އަދި ބުޑުފަލަކޮށް ހުންނަ މޮޅުކަދުރު ރުކުގެ ބަގީޗާތަކާއި ގަސްތައްފެޅުއްވީމެވެ.

  120. 80:31

    وَفَـٰكِهَةً وَأَبًّا

    Wa-faaki-hatañw Waʹabbaa,

    އަދި ޒާތްޒާތުގެ މޭވާގެ ގަސްތަކާއި ޖަނަވާރުކެއުމަށް ބާވަތްބާވަތުގެ ވިނަޔާއި ހުއި ގަސްތައްވެސް ފެޅުއްވީމެވެ.

  121. 80:32

    مَّتَـٰعًا لَّكُمْ وَلِأَنْعَـٰمِكُمْ

    Mataaʻal lakum wa-liʹanʻaamikum.

    މިހުރިހާތަކެއްޗަކީ ކަލޭމެންނާއި ކަލޭމެންގެ ޖަނަވާރު ތަކުގެ މަންފާއަށްޓަކައި ލައްވާފައިވާތަކެއްޗެވެ. (ފަހެ މިހުރިހައިކަމެއް މިހާ ފުރިހަމަކޮށް ހެއްދެވިފަރާތަކަށް ތިޔަބައިމީހުން މަރުވުމަށްފަހު އަލުން ދިރުވައި مَحْشَر ކުރެއްވުން އުނދަގޫވާނީ ކޮނންފަދައަކުން ހެއްޔެވެ؟)

  122. 80:33

    فَإِذَا جَآءَتِ ٱلصَّآخَّةُ

    Faʹiẓaa jaaa-ʹatiṣ Ṣaaakhkhah,―

    ދެންފަހެ ތާޅަފިލީގެ އަޑު އައިސް قِيَامة ޤާއިމު ވެއްޖެއްޔާ (ދަންނައެވެ.)

  123. 80:34

    يَوْمَ يَفِرُّ ٱلْمَرْءُ مِنْ أَخِيهِ

    Yawma yafirrul mar-ʹu min ʹakheeh,

    އެދުވަހަކީ މީހާ އޭނާގެ أَخْ އާގެ ކިބައިން ފިލާދުވަހެވެ.

  124. 80:35

    وَأُمِّهِۦ وَأَبِيهِ

    Wa-ʹummihee wa-ʹabeeh,

    އަދި އޭނާ (ލޯބިވާ) މަންމަ އާއި ބައްޕަގެ ކިބައިން (ފިލާނޭދުވަހެވެ.)

  125. 80:36

    وَصَـٰحِبَتِهِۦ وَبَنِيهِ

    Wa-ṣaaḥi-batihee wa-baneeh.

    އަދި އޭނާ ލޯބިވާ އަނބިމީހާޔާއި ދަރިންގެ ކިބައިންވެސް ފިލާ ރައްކައުވާނޭދުވަހެވެ. (އެއީ އެއިން މީހަކަށް ތިމާގެފަރާތުން އެހީއެއް ވާންޖެހިދާނެތީއެވެ. ނުވަތަ އެމީހުންނަށް ޖެހިފައިވާ ޙާލު ފެނިދާނެތީއެވެ.)

  126. 80:37

    لِكُلِّ ٱمْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ

    Likul lim-riʹim minhum Yawmaʹiẓiñ shaʹnuñy yug̣neeh.

    ކޮންމެ މީހަކުވެސް އެދުވަހުން مَشْغُوْلُ ވެގެންވާނީ ތިމާގެ އަމިއްލަ ނަފްސުގެ ކަންތަކާއި އެވެ. ޖާނު ސަލާމަތް ވޭތޯއެވެ.

  127. 80:38

    وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ

    Wujoohuñy Yawmaʹiẓim musfirah,

    އެދުވަހުން يَعْنِي قِيَامة ދުވަހުން މޫނު ތަކެއް އަލިވެ އުޖާލާވެގެންވާ ހުއްޓެވެ. އެއީ މުއްމިނުންގެ މޫނުތަކެވެ. މޫނުތަކުގެ މުރާދަކީ މޫނުތަކުގެ ވެރިންނެވެ.

  128. 80:39

    ضَاحِكَةٌ مُّسْتَبْشِرَةٌ

    Ḍaaḥikatum mustabshirah.

    އެބައި މީހުން އެދުވަހުން ތިބޭނީ އުފާވެރިވެ ހީހީއެވެ. އުފަލުން ފޮޅިގެންނެވެ.

  129. 80:40

    وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ

    Wa-wujoohuñy Yawmaʹiẓin ʻalayhaa g̣abarah;

    އަދި އަނެއްބައި މޫނުތަކަށް ވާނީ އަނދިރިކަމާއި ބަނަކަން ވެރި ވެފައެވެ.

  130. 80:41

    تَرْهَقُهَا قَتَرَةٌ

    Tarhaq̣uhaa q̣atarah:

    އެ މޫނުތަކުގެ މަތީގައި އެޅިފައިވާނީ ކަޅުކަމާއި ނިކަމެތި ކަމުގެފަރުދާއެކެވެ.

  131. 80:42

    أُو۟لَـٰٓئِكَ هُمُ ٱلْكَفَرَةُ ٱلْفَجَرَةُ

    ʹUlaaaʹika humul kafaratul Fajarah.

    އެއީ ހަމަސީދާ ނުބައި ނުލަފާ އޮރިޖިނަލް ކާފަރުންނެވެ.

  132. Surah At-TakwirBegins here at 81:1

  133. 81:1

    إِذَا ٱلشَّمْسُ كُوِّرَتْ

    ʹIẓash shamsu kuwwirat;

    ބޮލުގައި ފަގުޑި އޮޅާލާފަދައިން އިރު އޮޅާލެވިއްޖެއްޔާއި ނުވަތަ އޮޅާފައި އެއްލާލެވިއްޖެއެއްޔާއި

  134. 81:2

    وَإِذَا ٱلنُّجُومُ ٱنكَدَرَتْ

    Wa-ʹiẓan nujoomuñ kadarat;

    އަދި ތަރިތަކުގެ އަލިކަން ހިނގައްޖެއްޔާ / ނުވަތަ ވެރިއްޖެއްޔާ

  135. 81:3

    وَإِذَا ٱلْجِبَالُ سُيِّرَتْ

    Wa-ʹiẓal jibaalu suyyirat;

    އަދި ފަރުބަދަ ހުރިތަނުން ލުހި ވަޔަށް ބުރައިގެން ހިނގައްޖެއްޔާ

  136. 81:4

    وَإِذَا ٱلْعِشَارُ عُطِّلَتْ

    Wa-ʹiẓal ʻishaaru ʻuṭṭilat;

    އަދި މާބަނޑު ޖަމަލު ބަލާނެ މީހަކު ނެތި ދޫކޮށް ލެވިއްޖެއްޔާ

  137. 81:5

    وَإِذَا ٱلْوُحُوشُ حُشِرَتْ

    Wa-ʹiẓal wuḥooshu ḥushirat;

    އަދި ވަޙްޝީ ޖަނަވާރުތައް އެއްކުރެވިއްޖެއްޔާ

  138. 81:6

    وَإِذَا ٱلْبِحَارُ سُجِّرَتْ

    Wa-ʹiẓal biḥaaru sujjirat;

    އަދި ކަނޑުގައި ގަދަޔަށް އަލިފާން ރޯ ވެއްޖެއްޔާ

  139. 81:7

    وَإِذَا ٱلنُّفُوسُ زُوِّجَتْ

    Wa-ʹiẓan nufoosu zuwwijat:

    އަދި (މުއްމިނުންގެ) ނަފްސުތައް (حُوْرَالْعِيْنُ ނާއި) ކައިވެނި ކުރެވިއްޖެއްޔާ (ނުވަތަ ނަފުސުތައް ފުރާނަތަކާއި ކައިރި ކުރެވިއްޖެއްޔާ)

  140. 81:8

    وَإِذَا ٱلْمَوْءُۥدَةُ سُئِلَتْ

    Wa-ʹiẓal mawʹoodatu suʹilat―

    އަދި ދިރިހުއްޓާ ވަޅުލެވުނު ކުޑަ އަންހެން ކުއްޖާޔާއި ސުވާލުކުރެވިއްޖެއްޔާ

  141. 81:9

    بِأَىِّ ذَنۢبٍ قُتِلَتْ

    Biʹayyi ẓambiñ q̣utilat;

    އޭނާ މަރައިލެވުނީ ކޮންފާފައެއްގެ ސަބަބުންތޯ

  142. 81:10

    وَإِذَا ٱلصُّحُفُ نُشِرَتْ

    Wa-ʹiẓaṣ ṣuḥufu nushirat:

    އަދި (ޢަމަލުގެ) ފަތްތައް ފަތުރައި ލެވިއްޖެއްޔާ

  143. 81:11

    وَإِذَا ٱلسَّمَآءُ كُشِطَتْ

    Wa-ʹiẓas samaaaʹu kushiṭat;

    އަދި އުޑު އެއޮތްތަނުން ނިގުޅައި ގަނެވިކުދިކުދި ވެއްޖެއްޔާ

  144. 81:12

    وَإِذَا ٱلْجَحِيمُ سُعِّرَتْ

    Wa-ʹiẓal Jaḥeemu suʻ-ʻirat;

    އަދި ނަރަކައިގާ އަޑު ކިޔާވަރަށް އަލިފާން ރޯވެއްޖެއްޔާ

  145. 81:13

    وَإِذَا ٱلْجَنَّةُ أُزْلِفَتْ

    Wa-ʹiẓal Jannatu ʹuzlifat;

    އަދި ސުވަރުގެ އޭގެ އަހުލުވެރިންނަށް ގާތް ކުރެވިއްޖެއްޔާ ދަންނައެވެ. މިތޭރަ شَرْطُ ގެ ޖަވާބު އެވަނީ ސާދަވަނަ އާޔަތުގައެވެ.

  146. 81:14

    عَلِمَتْ نَفْسٌ مَّآ أَحْضَرَتْ

    ʻAlimat nafsum maaa ʹaḥḍarat.

    ކޮންމެ ނަފްސަކަށް އެ ނަފްސެއް (ދުނިޔޭގައި) ކުރި ހުރިހާ ކަމެއް އެނގޭނެއެވެ. އަދި އިސްވެއެދިޔަ އެންމެހައި ކަންކަމަކީ قِيَامَة ވުމާއި ގުޅިފައިހުރި ކަންކަމެވެ.

  147. 81:15

    فَلَآ أُقْسِمُ بِٱلْخُنَّسِ

    Falaaa ʹuq̣simu bil-khunnas,

    އަދި خُنَّس އެވެ ކިޔާ ތަރިތައްގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ. (އެތަރިތަކަކީ شَمْسُ - زُهْرَة - عَطَارِدُ -قَمَرُ - زُحَلُ -مِرِّيْخُ - مُشْتَرِى) މިއެވެ.

  148. 81:16

    ٱلْجَوَارِ ٱلْكُنَّسِ

    ʹAl-jawaaril kunnas;

    އެތަރިތައްދަތުރުކުރާ އަދި ދުވާލު ނިވައިވެފައި ރޭގަޑު ފައުޅުވެއެވެ.

  149. 81:17

    وَٱلَّيْلِ إِذَا عَسْعَسَ

    Wal-Layli ʹiẓaa ʻasʻas;

    ،(18) އަދި ރޭގަޑު އޭގެ އަދިރިކަމާއިގެން ކުރިމަތިލައި އަތުވެއްޖެއްޔާ އަދި އަލިކަމާއިގެން ފަތިސްކުރިމަތިލައި އަތުވެއްޖެއްޔާއި މިކަންކަން ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.

  150. 81:18

    وَٱلصُّبْحِ إِذَا تَنَفَّسَ

    Waṣṣubḥi ʹiẓaa tanaffas;―

    ،(18) އަދި ރޭގަޑު އޭގެ އަދިރިކަމާއިގެން ކުރިމަތިލައި އަތުވެއްޖެއްޔާ އަދި އަލިކަމާއިގެން ފަތިސްކުރިމަތިލައި އަތުވެއްޖެއްޔާއި މިކަންކަން ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.

  151. 81:19

    إِنَّهُۥ لَقَوْلُ رَسُولٍ كَرِيمٍ

    ʹInnahoo laq̣awlu Rasooliñ Kareem,

    ހަމަކަށަވަރުން އެ قُرْآن އަކީ މާތްވެގެންވާ جِبْرِيْلُ عَلَيْهِ السَّلآم الله حَضْرَةُ ންގެންނެވި ބަސްފުޅެކެވެ.

  152. 81:20

    ذِى قُوَّةٍ عِندَ ذِى ٱلْعَرْشِ مَكِينٍ

    Ẓee q̣uwwatin ʻiñda Ẓil ʻArshi makeen,

    جِبْرِيْلُ عَلَيْهِ السَّلآم އަކީ عَرْشِ ގެވެރިކަލާނގެ حَضْرَةُ ގައި އެބަހީ ﷲ ގެ حَضْرَةُ ގައި ދަރަޖަފުޅު އުފުލިގެންވާ މަތީ ދަރަޖައެއްގެ ވެރި މާތްބޭކަލެކެވެ.

  153. 81:21

    مُّطَاعٍ ثَمَّ أَمِينٍ

    Muṭaaʻiñ s̤amma ʹAmeen.

    އަދިއެކަލޭގެފާނަކީ އުޑުގެމަލާއިކަތްބޭކަލުން އެކަލޭގެފާނަށް ކިޔަމަންތެރިވެވަޑައި ގަންނަވާމާތް އަދި عِزَّة ތެރިބޭކަލެކެވެ. އެންމެހައިމަލާއިކަތްބޭކަލުން އެކަލޭގެފާނަށް ކިޔަމަންތެރިވެވަޑައިގަންނަވާ އަމާނާތްތެރި ބޭކަލެކެވެ.

  154. 81:22

    وَمَا صَاحِبُكُم بِمَجْنُونٍ

    Wa-maa Ṣaaḥibukum̃ bimajnoon;

    އޭ (އޭ قُرَيْشންނޭވެ) ކަލޭމެންގެ އެކުވެރިޔާ مُحَمَّد ﷺ އަކީ މޮޔަވެފައިވާ ބޭކަލަކު ކަމުގައި ނުވެއެވެ.

  155. 81:23

    وَلَقَدْ رَءَاهُ بِٱلْأُفُقِ ٱلْمُبِينِ

    Wa-laq̣ad raʹaahu bilʹufuq̣il mubeen.

    އަދި ހަމަކަށަވަރުން ބަޔާވެގެންވާ އުދަރެހުގައި جِبْرِيْلُ عَلَيْهِ السَّلآم ވަނިކޮށް مُحَمَّد ﷺ ދެކެވަޑައިގެންނެވިއެވެ. އެއީ މައްކާގެ (جِيَادُ) ކިޔާފަރާތުންނެވެ. އިރު މަތިފަރާތެވެ. އަދިއެއީ ނަބީކަމުގެ ކުރީކޮޅެވެ. އެދުވަހު އެކަލޭގެފާނު ދެކެވަޑައިގެންނެވީ އެކަލޭގެފާނުންގެ އަސްލު ސޫރަފުޅުގައި ވަނިކޮށެވެ. އެފަރާތުގެ މުޅި އުދަރެސްވީ ފުރާލައިފައެވެ. އެކަލޭގެފާނަށް ހަތްސަތޭކަ ފިޔަފުޅުވެއެވެ. އެއިން ކޮންމެފިޔަފުޅެއް مَشْرِقُ އާއި مَغْرِبُ އާއި ދެމެދުގެ ރާސްތާވާކަމުގައި ވިއެވެ.

  156. 81:24

    وَمَا هُوَ عَلَى ٱلْغَيْبِ بِضَنِينٍ

    Wa-maa huwa ʻalal g̣aybi biḍaneen.

    އަދި مُحَمَّد ﷺ އަކީ غَيْبُ ގެ خَبَرُ އާއިމެދު އެބަހީ އުޑުގެ خَبَرُ އާއިމެދު ޝައްކު ކުރައްވާބޭކަލަކު ނޫނެވެ.

  157. 81:25

    وَمَا هُوَ بِقَوْلِ شَيْطَـٰنٍ رَّجِيمٍ

    Wa-maa huwa biq̣awli Shayṭaanir rajeem.

    އަދިއެ قُرْآن އެއީ އެހުމުން ވައްކަންކުރާ شَيْطَانُ އެއްގެ ބަސްކަމުގައިނުވެއެވެ. އެއީ عَالَم ތަކުގެވެރި رَبُّ ގެބާވާތްލެއްވުމެކެވެ.

  158. 81:26

    فَأَيْنَ تَذْهَبُونَ

    Faʹayna taẓhaboon?

    قُرْآن އަށް ފުރަގަސްދީފައި ދެންކަލޭމެން ދާނީ ކޮންތާކަށް ހެއްޔެވެ؟ އަދި ނުވަތަ ކަލޭމެނަށް އޮތީ އެއަށްވުރެ ރަނގަޅު ކޮންމަގެއްހެއްޔެވެ؟

  159. 81:27

    إِنْ هُوَ إِلَّا ذِكْرٌ لِّلْعَـٰلَمِينَ

    ʹIn huwa ʹilla Ẓikrul lilʻaalameen:

    އަދި އެ قُرْآن އެއީ عَالَم ތަކުގެވެރި رَبُّ ގެ حَضْرَةُ ން ބާވާތްލައްވާފައިވާ ذِكْرُ އެއްކަމުގައި މެނުވީ ނުވެއެވެ.

  160. 81:28

    لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ

    Limañ shaaaʹa miñkum ʹañy yastaq̣eem:

    ކަލޭމެންކުރެން އެދޭމީހަކަށް އީމާންކަމާއި ޙައްޤުމަގަށް ކިޔަމަންތެރިވުމުގެ ސީދާމަގުވެއެވެ.

  161. 81:29

    وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَـٰلَمِينَ

    Wa-maa tashaaaʹoona ʹillaaa ʹañy yashaaaʹal laahu Rabbul ʻAalameen.

    އަދި الله އިރާދަކުރެއްވިއްޔާމެނުވީ ކަލޭމެނަށް ކަމެއްކުރުމަށް ގަސްދުވެސްނުކުރެވޭނެއެވެ. އެކަލާނގެ އެއީ عَالَم ތަކުގެވެރި رَبُّ އެވެ.

  162. Surah Al-InfitarBegins here at 82:1

  163. 82:1

    إِذَا ٱلسَّمَآءُ ٱنفَطَرَتْ

    ʹIẓas Samaaaʹuñ faṭarat;

    އުޑު ފަޅަފަޅައިގެން ހިނގައްޖެއްޔާއި (ދަންނައެވެ. މި ސޫރަތުގެ ފުރަތަމަ ހަތަރު އާޔަތުގައި އެ ވާ ހަތަރު ކަންތަކުގެ ޖަވާބު އެ ވަނީ ފަސްވަނަ އާޔަތުގައެވެ.)

  164. 82:2

    وَإِذَا ٱلْكَوَاكِبُ ٱنتَثَرَتْ

    Wa-ʹiẓal kawaakibuñ tas̤arat;

    އަދި ތަރިތައް، އުޑުމަތީން ވަކިވަކިވެގެން ތިރިޔަށް ވެރިއްޖެއްޔާއި،

  165. 82:3

    وَإِذَا ٱلْبِحَارُ فُجِّرَتْ

    Wa-ʹiẓal biḥaaru fujjirat;

    އަދި ކަނޑުތައް އެއްކަނޑު އަނެއް ކަނޑާ އެކުވެ، އެއްވެއްޖެއްޔާއި، (ލޮނުފެނާއި، މީރުފެންވެސް އެކުވެ، އެކައްޗަކަށް ވާނޭ ކަމުގައި ވެއެވެ.)

  166. 82:4

    وَإِذَا ٱلْقُبُورُ بُعْثِرَتْ

    Wa-ʹiẓal q̣ubooru buʻs̤irat;

    އަދި ބިމުގެ އަޑީގައި ވަޅުލެވިފައި ވާހައި ބަޔަކު ކަށްވަޅުތަކުން ނެރެވިއްޖެއްޔާއި،\nދަންނައެވެ. މި ހަތަރު ކަމަކީ قيامة ވުމުގެ ކުރީގައި އެކަމާ ގުޅިފައިވާ ހަތަރު ކަމެވެ.

  167. 82:5

    عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ

    ʻAlimat nafsum maa q̣addamat wa-ʹakhkharat.

    ދެން އެދުވަހުން ކޮންމެ نفس އަކަށްވެސް (ކޮންމެނަފުސަކަށްވެސް) އެ ނަފްސެއް ކޮށްފައިވާ ކަންތައް ރަނގަޅަށް އެނގޭނެއެވެ. (ފަތްތައް ހުންނާނީ ހާމައަށެވެ.)

  168. 82:6

    يَـٰٓأَيُّهَا ٱلْإِنسَـٰنُ مَا غَرَّكَ بِرَبِّكَ ٱلْكَرِيمِ

    Yaaaʹayyuhal ʹiñsaanu maa- g̣arraka bi-Rabbikal Kareem?―

    އޭ އިންސާނާއެވެ! (އޭ ކާފަރު އިންސާނާއެވެ!) ކަލޭ ހައްދަވައި، ގިނަގުނަ نعمة ދެއްވި މާތްވެގެންވާ ربّ އާމެދު ހެއްލުންތެރިވީ ކޮން ކަމަކާ ހެދި ހެއްޔެވެ؟ (އެކަލާނގެ نعمة އާއި، عفوء ގިނަކަމުން ހެއްޔެވެ؟ އެކަލާނގެ عذاب ވެސް އެހައި ގަދަކަން ހަނދާންކުރާށެވެ!)

  169. 82:7

    ٱلَّذِى خَلَقَكَ فَسَوَّىٰكَ فَعَدَلَكَ

    ʹAllaẓee khalaq̣aka fasawwaaka faʻadalak;

    އެ ربّ އަކީ نطفة އަކުން ކަލޭ އުފައްދަވައި، ދެން ބަރާބަރު ފުރިހަމަ އިންސާނަކަށް ހެއްދެވި ކަލާނގެއެވެ. އަދި އެހެން ޖަނަވާރާ خلاف އަށް، ދެފައިމައްޗަށް ކޮޅަށް ހުރެވޭނޭ ގޮތަށްވެސް ހެއްދެވީ ހަމަ އެކަލާނގެއެވެ.

  170. 82:8

    فِىٓ أَىِّ صُورَةٍ مَّا شَآءَ رَكَّبَكَ

    Feee ʹayyi Ṣooratim maa shaaaʹa rakkabak.

    އަދި އެކަލާނގެ އެދިވޮޑިގެންނެވި ސިފައަކަށް އެކަލާނގެ ކަލޭ ސޫރަކުރައްވައި، تركيب ކުރައްވައި، ހައްދަވައި ފުރިހަމަކުރެއްވިއެވެ.

  171. 82:9

    كَلَّا بَلْ تُكَذِّبُونَ بِٱلدِّينِ

    Kallaa bal tukaẓẓiboona bid-Deen!

    އެއްގޮތަކަށްވެސް އެކަލާނގެ نعمة އާއި، عفوء ގެ ބޮޑުކަމާމެދު ނުހެއްލޭށެވެ. (އެކަލާނގެ عذاب ވެސް އެހައި ގަދައެވެ. ދޮގުވެރި، ކާފަރުންނަށް ގަދަ عذاب ވެސް ދެއްވައެވެ.) އަދި ކިޔެއް ހެއްޔެވެ؟ ތިޔަބައިމީހުން قيامة ދުވަސް ދޮގުކުރަނީއެވެ. ނުވަތަ إسلام دين ދޮގުކުރަނީއެވެ.

  172. 82:10

    وَإِنَّ عَلَيْكُمْ لَحَـٰفِظِينَ

    Wa-ʹinna ʻalaykum laḥaafiz̤̣een,―

    އަދި ހަމަކަށަވަރުން އެކަލާނގެ ކަލޭމެންގެ މައްޗަށް ކަލޭމެން ބަލަހައްޓަވާ، ކަލޭމެންގެ عمل ތައް ލިޔުއްވާ ބޭކަލުން ލައްވާފައި ވެއެވެ.

  173. 82:11

    كِرَامًا كَـٰتِبِينَ

    Kiraamañ Kaatibeen:

    އެއީ މާތްވެގެންވާ ملائكة ބޭކަލުންނެވެ. އެއީ عمل ތައް ލިޔުއްވާ ބޭކަލުންނެވެ. އެއީ (كِرَامًا كَاتِبِينَ ދެބޭކަލުންނެވެ.)

  174. 82:12

    يَعْلَمُونَ مَا تَفْعَلُونَ

    Yaʻlamoona maa- tafʻaloon.

    ތިޔަބައިމީހުން ކުރާހައި ކަމެއް (ހެވަސް، ނުބަޔަސް) އެ ބޭކަލުން ރަނގަޅަށް ދެނެވަޑައިގެން ވެއެވެ. (އަދި ލިޔުއްވާ ހުއްޓެވެ.)

  175. 82:13

    إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ

    ʹInnal ʹabraara lafee Naʻeem;

    ހަމަކަށަވަރުން މާތްވެގެންވާ ރަނގަޅު تقوى ވެރީން އެދުވަހުން ތިބޭނީ ސުވަރުގޭގައެވެ. އެތާނގެ نعمة ގައެވެ.

  176. 82:14

    وَإِنَّ ٱلْفُجَّارَ لَفِى جَحِيمٍ

    Wa-ʹinnal fujjaara lafee Jaḥeem.

    އަދި ހަމަކަށަވަރުން ނުބައި، ނުލަފާ فاجر ން އެދުވަހުން ތިބޭނީ ނަރަކައިގައެވެ. އެތާނގެ ހޫނާއި عذاب ގައެވެ.

  177. 82:15

    يَصْلَوْنَهَا يَوْمَ ٱلدِّينِ

    Yaṣlawnahaa Yawmad Deen.

    އެދުވަހުން އެމީހުން ނަރަކައަށް ވަދެ، އެތާނގެ ގަދަ عذاب ގެ ރަހަ ލިބިގަންނާނެއެވެ.

  178. 82:16

    وَمَا هُمْ عَنْهَا بِغَآئِبِينَ

    Wa-maa hum ʻanhaa big̣aaaʹibeen.

    އެމީހުން އެ ނަރަކައިން غائب ނުވާނެއެވެ. އެބަހީ އަބަދުވެސް އެތާ ތިބޭނެއެވެ.

  179. 82:17

    وَمَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ

    Wa-maaa ʹadraaka maa- Yawmud Deen?

    يوم الدّين އަކީ (ހިސާބު ބައްލަވައި، އަދި جزاء ދެއްވާ ދުވަހަކީ) ކޮން ދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮން އެއްޗެއް ތޯއެވެ؟ ކޮން ކަމެއް ހެއްޔެވެ؟

  180. 82:18

    ثُمَّ مَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ

    S̤umma maaa ʹadraaka maa- Yawmud Deen?

    ދެން ކަލޭގެފާނަށް يوم الدّين އެވެ ކިޔާ ދުވަހަކީ ކޮން ދުވަހެއްކަން އަންގައިދިނީ ކޮން އެއްޗެއްތޯއެވެ؟ ކޮން ކަމެއް ހެއްޔެވެ؟ (ފަހެ މި آية تكرار ކުރައްވާފައި ވަނީ އެ ދުވަހުގެ مهمّ ކަމާއި، ބިރުވެރިކަމަށް ހުޝިޔާރު ކުރެއްވުމުގެ ގޮތުންނެވެ. والله أعلم)

  181. 82:19

    يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْـًٔا ۖ وَٱلْأَمْرُ يَوْمَئِذٍ لِّلَّهِ

    Yawma laa- tamliku nafsul linafsiñ shayʹaa: walʹAmru Yawmaʹiẓil lillaah.

    އެދުވަހަކީ އެއްވެސް މީހަކަށް އަނެއް މީހަކަށްޓަކައި އެއްވެސް ކަމެއް މިލްކުވެގެންވާ ދުވަހެއް ނޫނެވެ. ފުއްދައިދެވޭނޭ ދުވަހެއް ނޫނެވެ. އެދުވަހުގެ ހުރިހައި ކަމެއް خاصّ ވެ، މިލްކުވެގެން ވަނީ ހަމައެކަނި ﷲ އަށެވެ.

  182. Surah Al-MutaffifinBegins here at 83:1

  183. 83:1

    وَيْلٌ لِّلْمُطَفِّفِينَ

    Waylul lil-muṭaffifeen,―

    މިނެކިރުމުގައި އުނިކޮށްމަދުކުރާމީހުންނަށް وَيْلُ ހުއްޓެވެ. (وَيْلُ އަކީ ގަދަ عَذَابُ އެވެ. ނުވަތަނަރަކައިގެ ވަކިވާދީ އެކެވެ. އެއީ ނަރަކަވަންތަވެރިންގެ ގައިން ފައިބާ ކުނިދިޔައިގެ ވާދިއެއްކަމަށް ބުނެވެއެވެ.) والله أعلم.

  184. 83:2

    ٱلَّذِينَ إِذَا ٱكْتَالُوا۟ عَلَى ٱلنَّاسِ يَسْتَوْفُونَ

    ʹAllaẓeena ʹiẓak taaloo ʻalan naasi yastawfoon,

    އެމީހުންނަކީ އެބަހީ އުނިކުރާމީހުންނަކީ އެމީހުން އެހެންމީހުންގެ އަތުން މިނެގެން ނުވަތަ ކިރައިގެން ގެންނަންޏާ ބަރާބަރަށް ހަމަކުރަން އެދޭމީހުންނެވެ. ހަމަކުރާމީހުންނެވެ.

  185. 83:3

    وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ

    Wa-ʹiẓaa kaaloohum ʹaw Wazanoohum yukhsiroon.

    އަދި އެމީހުން އެހެންމިހުންނަށް މިނެދީ ކިރައިދީ ހަދަންޏާ އުނިކޮށް އަދި މަދުކުރެއެވެ. އެހެންމީހުންގެ حَقُّ މަދުކުރާމީހުންނެވެ.

  186. 83:4

    أَلَا يَظُنُّ أُو۟لَـٰٓئِكَ أَنَّهُم مَّبْعُوثُونَ

    ʹAlaa yaz̤̣unnu ʹulaaaʹika ʹannahum mabʻoos̤oon

    އެމީހުން ފަހެ (މަރުވުމަށްފަހު އަލުންދިރުއްވައި مَحْشَرُ ކުރައްވައި ހިސާބު ބައްލަވައި ޖަޒާދެއްވުމަށް ފޮނުއްވާނޭކަމަށް ހީނުކުރަނީ ބާވައެވެ؟

  187. 83:5

    لِيَوْمٍ عَظِيمٍ

    Li-Yawmin ʻAz̤̣eem.

    އެދުވަހަކީ އެދުވަހުގެ އުދަނގޫތަކާއި މައްސަލަތައް ކުށްވެރިންނަށް ބޮޑުވެގެންވާނެ ދުވަހެވެ.

  188. 83:6

    يَوْمَ يَقُومُ ٱلنَّاسُ لِرَبِّ ٱلْعَـٰلَمِينَ

    Yawma yaq̣oomun naasu li-Rabbil ʻAalameen?

    އެއީ މީސްތަކުން އެމީހުންގެ ކަށްވަޅުތަކުން ނުކުމެގެން عَالَم ތަކުގެވެރި رَبُّ ގެ حَضْرَةُ ގައި قَائِم ވާނޭދުވަހެވެ.

  189. 83:7

    كَلَّآ إِنَّ كِتَـٰبَ ٱلْفُجَّارِ لَفِى سِجِّينٍ

    Kallaaa ʹinna Kitaabal fujjaari lafee Sijjeen.

    އެއްގޮތަކަށްވެސް އެމީހުން އެހީކުރާގޮތަކަށް ނުވާނެއެވެ. އެބަހީ މިނެކިރުމުގައި މީސްތަކުންނަށް މަދުކޮށް އުނިކުރާމީހުން އެހީކުރާގޮތަކަށް ނުވާނެއެވެ. އެމީހުންނަކީ ނުބައިނުލަފާ މުޖްރިމުންނެވެ. ހަމަކަށަވަރުން ނުބައިނުލަފާ މުޖްރިމުންގެ ޢަމަލުގެފަތްވާނީ سِجِّيْنُ އެވެކިޔާތާގައެވެ. (سِجِّيْنُ އަކީ ނަރަކަވަންތަވެރިންގެލިސްޓެވެ.)

  190. 83:8

    وَمَآ أَدْرَىٰكَ مَا سِجِّينٌ

    Wa-maaa ʹadraaka maa- Sijjeen?

    އަދި سِجِّيْنُ އަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

  191. 83:9

    كِتَـٰبٌ مَّرْقُومٌ

    Kitaabum marq̣oom.

    އެއީ ލިޔެވި ރަޖިސްޓްރީވެގެންވާފޮތެކެވެ.

  192. 83:10

    وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

    Wayluñy Yawmaʹiẓil lil-mukaẓẓibeen―

    އެދުވަހުން އެބަހީ قِيَامة ދުވަހުން ދޮގުކުރިމީހުންނަށް ގަދަ عَذَابُ ހުއްޓެވެ. (سِجِّيْنُ އަކީ الله އާއި އެކަލާނގެ އާޔަތްތަކާއި قِيَامة ދުވަހާއި އެދުވަހާއި ގުޅިފައިވާ ހިސާބާއި ޖަޒާ ދޮގުކުރާމީހުންނަށް ނަރަކައިގެ ވައިލެވެކިޔާ ގަދަޢަޒާބުދެއްވާނެކަމަށް ލިޔެވިފައިވާ ފޮތެވެ.) والله أعلم.

  193. 83:11

    ٱلَّذِينَ يُكَذِّبُونَ بِيَوْمِ ٱلدِّينِ

    ʹAllaẓeena yukaẓẓiboona bi-Yawmid Deen.

    މިބުނާދޮގުކުރިމީހުން ދަންނައެވެ. އެމީހުންނަކީ ހިސާބުބައްލަވާ އަދިޖަޒާދެއްވާ قِيَامَة ދުވަސް ދޮގުކުރާމީހުންނެވެ.

  194. 83:12

    وَمَا يُكَذِّبُ بِهِۦٓ إِلَّا كُلُّ مُعْتَدٍ أَثِيمٍ

    Wa-maa yukaẓẓibu biheee ʹillaa kullu muʻtadin ʹas̤eem!

    އަދި ގިނައިން ފާފަކުރާ ކޮންމެ އަނިޔާވެރިއަކުމެނުވީ އެދުވަސް ދޮގުނުކުރާނެއެވެ.

  195. 83:13

    إِذَا تُتْلَىٰ عَلَيْهِ ءَايَـٰتُنَا قَالَ أَسَـٰطِيرُ ٱلْأَوَّلِينَ

    ʹIẓaa tutlaa ʻalayhi ʹAayaatunaa q̣aala ʹAsaaṭeerul ʹAwwaleen!

    އެފަދަމީހާގެ މައްޗަށް ތިމަންރަސްކަލާނގެ އާޔަތްތައް ކިޔެވިއްޖެއްޔާވެސް އެމީހާބުނާނީ ތިޔައީ އިސްވެދިމީސްތަކުން ދައްކާފައިވާ بَاطِلُ އަދި ދޮގު ވާހަކަތަކެއްކަމުގައެވެ. (އޭގެޖަވާބުގައި الله އެއަންގަވަނީ)

  196. 83:14

    كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ

    Kallaa bal; raana ʻalaa q̣uloobihim maa kaanoo yaksiboon!

    އެއްގޮތަކަށްވެސް އެހެންނޫނެވެ. އެއީ ދޮގުއަދި بَاطِلُ ވާހަކައެއްނޫނެވެ. އަދިކިއެއްހެއްޔެވެ؟ އެމީހުންގެ ހިތްތަކުގެމަތީގައި އެވަނީ ފާފަތައްކުރުމުގެސަބަބުން رَانَ އެޅިފައެވެ. އެއީ ގިނައިން ފާފަކުރުމުގެ ސަބަބުން ހިތުގެމަތީގައި އެޅޭ ކަޅު ހުރަހެކެވެ. ދަބަރެވެ. އެހެންވެއްޖެއްޔާދެން ތެދުމަގު ގަބޫލުކުރުން އުނދަގޫވާނެއެވެ. އެފަދަމީހުންނަށް طَبَعَ اللهُ عَلَى قُلُوبِهِمْ މިފަދަ ޢިބާރާތް ގެންނަވައެވެ. ދެން އެއަށްވުރެމައްޗަށްދިޔައީމާ ތަޅުލައްވައެވެ. (أَمْ عَلَى قُلُوْبٍ أَقْفَالُهَا) މިފަދައިން އަންގަވައެވެ.

  197. 83:15

    كَلَّآ إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ

    Kallaaa ʹinnahum ʻar Rabbihim Yawmaʹiẓil lamaḥjooboon.

    އެއްގޮތަކަށްވެސް އެފަދަމީހުންނަށް اللهُ ނުފެނުމީ حَقّ އެކެވެ. ހަމަކަށަވަރުން އެދުވަހުން އެމީހުންނާއި އެމީހުންގެ رَبُّ އާއިދެމެދު ފަރުދާކުރެވި ނިވައިވެގެންވެއެވެ. އެމީހުންނަށް އެކަލާނގެ ނުފެންނާނެއެވެ.

  198. 83:16

    ثُمَّ إِنَّهُمْ لَصَالُوا۟ ٱلْجَحِيمِ

    S̤umma ʹinnahum laṣaalul Jaḥeem.

    ދެން ހަމަކަށަވަރުން އެމީހުން ނަރަކައަށްވަންނާނެއެވެ. (އެތާގެ ގަދަ ޢަޒާބާއި ހޫނުގެރަހަ ލިބިގަންނާނެއެވެ.)

  199. 83:17

    ثُمَّ يُقَالُ هَـٰذَا ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ

    S̤umma yuq̣aalu haaẓal laẓee kuñtum̃ bihee tukaẓẓiboon!

    ދެންއެމީހުންނަށް އެންގޭނެއެވެ. މިޢަޒާބަކީ ކަލޭމެން ދުނިޔޭގައި އުޅުނުއިރު އެއެއްޗެއްކަލޭމެން ދޮގުކުރި ނަރަކައެވެ. އޭގެ ޢަޒާބެވެ. (އޭގެރަހަލިބިގަންނާށެވެ.)

  200. 83:18

    كَلَّآ إِنَّ كِتَـٰبَ ٱلْأَبْرَارِ لَفِى عِلِّيِّينَ

    Kallaaa ʹinna Kitaabal ʹAbraari lafee ʻIlliyyeen.

    އެއްގޮތަކަށްވެސް އެކާފަރުން އެހީކުރާ ގޮތަކަށް ނުވާނެއެވެ. ހަމަކަށަވަރުން ކިޔަމަންތެރި މާތްމީހުންގެ ޢަމަލުގެ ފަތްވާނީ عِلِّيُّونُ ގައެވެ.

  201. 83:19

    وَمَآ أَدْرَىٰكَ مَا عِلِّيُّونَ

    Wa-maaa ʹadraaka maa- ʻIlliyyoon?

    އަދި عِلِّيُّونُ އެއީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

  202. 83:20

    كِتَـٰبٌ مَّرْقُومٌ

    Kitaabum marq̣oom,

    އެއީ މާތްމީހުންގެ ނަންތައްލިޔެވި ރަޖިސްޓަރީވެގެންވާފަތެވެ. (ފައިލެވެ.)

  203. 83:21

    يَشْهَدُهُ ٱلْمُقَرَّبُونَ

    Yashhaduhul Muq̣arraboon.

    މާތްވެގެންވާ މަލާއިކަތްބޭކަލުން حَاضِرُ ވެވަޑައިގެން އެފަތަށް ހެކިދެއްވާނެއެވެ. ދަންނައެވެ. عِلِّيُّونُ އަކީ ސުވަރުގެއެވެ. ނުވަތަ ސުވަރުގޭގައިވާ ވަކިތަނެކެވެ. ނުވަތައެއީ ހަތްވަނައުޑުގައިވާ خَاصَّ ތަނެކެވެ. ނުވަތައެއީ سِدْرَةُ المُنْتَهَى އެވެ. އެއީ ހެޔޮ عَمَلُ ތައްލިޔެވޭ ދީވާނެވެ. އަދި މިނޫން ގޮތް ގޮތަށްވެސް ކިޔައިފާ ވެއެވެ. والله أعلم.

  204. 83:22

    إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ

    ʹInnal ʹAbraara lafee Naʻeem:

    ހަމަކަށަވަރުން މާތްވެގެންވާ ކިޔަމަންތެރިން ވަނީ ކަނޑައެޅިގެން ސުވަރު ގެޔާއެތާގެ نِعْمَةُ ގައެވެ.

  205. 83:23

    عَلَى ٱلْأَرَآئِكِ يَنظُرُونَ

    ʻAlal ʹaraaaʹiki yañz̤̣uroon:

    މާތްވެގެންވާ ސޯފާތަކުގައި އެމީހުންބަލަބަލައި ތިބޭނެއެވެ. (الله އަށާއި އެކަލާނގެ އެމީހުންނަށްދެއްވިގިނަގުނަ نِعْمَةُ ތަކަށް އެމީހުން ބަލަބަލައި ތިބޭނެއެވެ.)

  206. 83:24

    تَعْرِفُ فِى وُجُوهِهِمْ نَضْرَةَ ٱلنَّعِيمِ

    Taʻrifu fee wujoohihim naḍratan Naʻeem.

    އެމީހުންގެ މޫނުމަތީން نِعْمَةُ ގެބޮޑުކަމުން އުފާވެރިކަމާއި ތާޒާކަން ވިދަވިދައި ހުންނާނެއެވެ.

  207. 83:25

    يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ

    Yusq̣awna mir raḥeeq̣im makhtoom:

    އަދި އެމީހުންނަށް رَحِيْقُ އެވެ ކިޔާމީރު طَاهِرُ ރަލެއްބޯންދެވޭނެއެވެ. އޭގެ ކަންވާރު ހުންނާނީ ސިއްކަގެހިފައެވެ. އޭ ގެ حَقُّ ވެރިއަކުނޫނީ އޭގެ ސިލް ކަނޑައިނުލާނެއެވެ. އަދިއެރާހުންނާނީ ބޮއިނިމޭއިރު ގޮމަކަސްތޫރީގެމީރުރަހައަށް ނިމޭގޮތަށެވެ.

  208. 83:26

    خِتَـٰمُهُۥ مِسْكٌ ۚ وَفِى ذَٰلِكَ فَلْيَتَنَافَسِ ٱلْمُتَنَـٰفِسُونَ

    Khitaamuhoo misk: wa-fee ẓaalika falyatanaafasil mutanaafisoon:

    ފަހެ އެފަދަ އެފަދަ نِعْمَةُ ހޯދައިގަތުމަށް ވާދަކުރާމީހުން ވާދަކޮށް ކުރިއަރައިދާހުށިކަމެވެ. (އެކަން ހޯދައިގަނެވޭނީ ދުނިޔޭގައިތިބެ ހެޔޮ عَمَلُ ކޮށްގެންނެވެ.)

  209. 83:27

    وَمِزَاجُهُۥ مِن تَسْنِيمٍ

    Wa-mizaajuhoo miñ Tasneem,

    އަދިމިބުނި ރަލާއި އެކުވެފައިވަނީ تَسْنِيْم ކިޔާއެއްޗެކެވެ. އެއީ ސުވަރުގޭގެ އަހުލުވެރިންނަށް ދެވޭ އެންމެ މާތްބުއިމެވެ. އެމީހުންނަށް އެ تَسْنِيْم އޮހޭނީ އެމީހުންގެ މަތީންނެވެ.

  210. 83:28

    عَيْنًا يَشْرَبُ بِهَا ٱلْمُقَرَّبُونَ

    ʻAynañy yashrabu bihal Muq̣arraboon.

    އެ تَسْنِيْم އަކީ ﷲ ގެ އެންމެމާތް އަޅުންނަށް ބޯންދެއްވާ އާރެކެވެ.

  211. 83:29

    إِنَّ ٱلَّذِينَ أَجْرَمُوا۟ كَانُوا۟ مِنَ ٱلَّذِينَ ءَامَنُوا۟ يَضْحَكُونَ

    ʹInnal laẓeena ʹajramoo kaanoo minal laẓeena ʹaamanoo yaḍḥakoon,

    ހަމަކަށަވަރުން ނުލަފާކަންތައްތައްކުރާ ބޮޑެތިފާފަވެރިން خَاصّ ކޮށް (رَسُولُ الله صَلّى الله عَلَيه وَسَلم ގެޒަމާނުގައި އަދި عَامُّ ކޮށް ހުރިހާޒަމާނެއްގައިވެސް އީމާންވެގެންވާ މީސްތަކުންނަށް މަލާމާތްކޮށް ހީ ހަދާކަމުގައި ވެއެވެ.

  212. 83:30

    وَإِذَا مَرُّوا۟ بِهِمْ يَتَغَامَزُونَ

    Wa-ʹiẓaa marroo bihim yatag̣aamazoon;

    އަދި މުއުމިނުންގެމީހުން އެކާފަރުންގެ ގާތުން ދަންޏާ އެކާފަރުން މުއުމިނުންނާއި ދިމާލަށް ލޮލުންނާއި ބުމައިން ވައްތަރުޖައްސާ އިޝާރާތްކޮށް ހަދައެވެ.

  213. 83:31

    وَإِذَا ٱنقَلَبُوٓا۟ إِلَىٰٓ أَهْلِهِمُ ٱنقَلَبُوا۟ فَكِهِينَ

    Wa-ʹiẓañ q̣alabooo ʹilaaa ʹahlihimuñ q̣alaboo fakiheen;

    އަދިއެކާފަރުންގެމީހުން އެމީހުންގެ އަހުލުވެރިންގެ ގާތަށް (އެމީހުން ކަހަލަ އެހެންކާފަރުންގާތަށް) ހިނގައްޖެއްޔާ އެމީހުންނަށް ލިބިފައިވާ نِعْمَةُގެ ގިނަކަމުގެސަބަބުން މަޖާނެގުމާއިއެކު މުއުމިނުންނަށް މަލާމާތްކޮށް ހަދައެވެ.

  214. 83:32

    وَإِذَا رَأَوْهُمْ قَالُوٓا۟ إِنَّ هَـٰٓؤُلَآءِ لَضَآلُّونَ

    Wa-ʹiẓaa raʹawhum q̣aalooo ʹinna haaaʹulaaaʹi laḍaaal-loon!

    އަދިއެކާފަރުންގެމީހުންނަށް މުއުމިނުން ފެނިއްޖެއްޔާބުނެއެވެ. ހަމަކަށަވަރުން މިބައިމީހުންނަކީ މަގުފުރެދިގެންވާ ބައެކެވެ. (މިބަހުގެ ޖަވާބުގައި އަންގަވައެވެ.

  215. 83:33

    وَمَآ أُرْسِلُوا۟ عَلَيْهِمْ حَـٰفِظِينَ

    Wa-maaa ʹursiloo ʹalayhim Ḥaafiz̤̣een.

    މުއުމިނުންކުރާ ކަންތަކުން އެމީހުންވަނީ މަގުފުރެދިފައިތޯ ނުވަތަނޫންތޯ ބަލާކަށް އެކާފަރުން ފޮނުވިގެންނުވެއެވެ.

  216. 83:34

    فَٱلْيَوْمَ ٱلَّذِينَ ءَامَنُوا۟ مِنَ ٱلْكُفَّارِ يَضْحَكُونَ

    Fal-Yawmal laẓeena ʹaamanoo minal kuffaari yuḍḥakoon:

    ފަހެ މިއަދު އެބަހީ قِيَامَة ދުވަހު އީމާންވެގެންވާ މީސްތަކުން ކާފަރުންނާއިމެދު މަލާމާތްކޮށް ހީހަދާނެއެވެ.

  217. 83:35

    عَلَى ٱلْأَرَآئِكِ يَنظُرُونَ

    ʻAlal ʹaraaaʹiki yañz̤̣uroon.

    ކާފަރުންނަށް ނަރަކައިގެ عَذَابُ ލިބޭތަން ދެކެން ރީތިސޯފާ އެދުތައްމަތީ عِزَّة ތެރިކަމާއެކު މުއުމިނުން ތިބޭނެއެވެ.

  218. 83:36

    هَلْ ثُوِّبَ ٱلْكُفَّارُ مَا كَانُوا۟ يَفْعَلُونَ

    Hal s̤uwwibal kuffaaru maa- kaanoo yafʻaloon?

    ހަމަކަށަވަރުން ކާފަރުން ދުނިޔޭގައި ތިބެގެން ކުރާކަމުގައިވީ ނުބައިކަންތައްތަކުގެ ސަބަބުން މެނުވީ އެމީހުންނަށް ޖަޒާދެއްވޭ ކަމުގައިނުވެއެވެ.

  219. Surah Al-InshiqaqBegins here at 84:1

  220. 84:1

    إِذَا ٱلسَّمَآءُ ٱنشَقَّتْ

    ʹIẓas Samaaaʹuñ shaq̣q̣at,

    އުޑު ފަޅަފަޅައިގެންގޮސް ކުދި ކުދި ވެއްޖެއްޔާ، (މިއީ ޤިޔާމަތް ވުމާއި ގުޅިގެންނެވެ. މިޝަރުތުގެ ޖަވާބު ވަނީ حَذف ވެގެންނެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އޭގެ ޖަވާބު އަކީ فَمُلاَقِيَة ކަމަށެވެ. އެބަހީ ޤިޔާމަތް ވެއްޖެއްޔާ އިންސާނާ އޭނާކުރި ޢަމަލު އޭނާޔާ ބައްދަލުވާނެ ކަމަށެވެ. އަދި އެހެން ގޮތްގޮތަށްވެސް ކިއިފައިވެއެވެ.) وَالله أَعْلَمُ

  221. 84:2

    وَأَذِنَتْ لِرَبِّهَا وَحُقَّتْ

    Wa-ʹaẓinat li-Rabbihaa wa-ḥuq̣q̣at;

    އަދި އެ އުޑު އެ އުޑުގެވެރި رَبُّ ގެ އަމުރުފުޅު އަހައި ކިޔަމަންތެރި ވެއްޖެއެވެ. އަދި ކިޔަމަންތެރިވުން އުޑަށް ޙައްޤުވެއްޖެއެވެ.

  222. 84:3

    وَإِذَا ٱلْأَرْضُ مُدَّتْ

    Wa-ʹiẓal ʹarḍu muddat,

    އަދި ބިންގަނޑު ފެތުރި ދެމެވެއްޖެއްޔާ (މި ޝަރުތުގެ ޖަވާބަކީވެސް فَمُلاَقِيَة އެވެ. އެބަހީ ޤިޔާމަތް ވެއްޖެއްޔާ އިންސާނާ ކުރި ޢަމަލު އޭނާއި ބައްދަލުވާނެއެވެ.)

  223. 84:4

    وَأَلْقَتْ مَا فِيهَا وَتَخَلَّتْ

    Waʹalq̣at maa- feehaa wa-takhallat,

    އަދި ބިމުގެ ތެރޭގައިވާހާ އެއްޗެއް ނެރެ އެބިން އުކައިލައިފިއްޔާ

  224. 84:5

    وَأَذِنَتْ لِرَبِّهَا وَحُقَّتْ

    Wa-ʹaẓinat li-Rabbihaa wa-ḥuq̣q̣at.

    އަދި އެބިން އެ ބިމުގެވެރި رَبُّ ގެ އަމުރުފުޅު އަހައި ކިޔަމަންތެރި ވެއްޖެއެވެ. އަދި އެކަލާނގެ ބަސްފުޅު އަހައި ކިޔަމަންތެރިވުން އެބިމަށް ޙައްޤު ވެގެންވެއެވެ.

  225. 84:6

    يَـٰٓأَيُّهَا ٱلْإِنسَـٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَـٰقِيهِ

    Yaaaʹayyuhal ʹiñsaanu ʹinnaka kaadiḥun ʹilaa Rabbika kad-ḥañ famulaaq̣eeh.

    އޭ އިންސާނާއެވެ. ހަމަކަށަވަރުން ކަލޭ ކަލޭގެ رَبُّ ގެ ޙަޟްރަތަށް ދިއުމަށް މަސައްކަތްކޮށް ވަރުބަލިވަމުމުއެވެ. ދެންފަހެ ކަލޭ ދުނިޔޭގައި ކޮށްފައިވާހާ ޢަމަލެއް ކަލެޔާ ބައްދަލުވާހުއްޓެވެ.

  226. 84:7

    فَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ بِيَمِينِهِۦ

    Faʹammaa man ʹootiya Kitaabahoo biyameenih.

    ދެންފަހެ އެމީހާގެ ޢަމަލުގެ ފަތް އެމީހާގެ ކަނާތަށް ދެވިއްޖެ މީހާ ދަންނާށެވެ.

  227. 84:8

    فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا

    Fasawfa yuḥaasabu ḥisaabañy yaseeraa,

    ފަހެ އޭނާޔާމެދު ދާދި ފަސޭހަ ލުއި ގޮތަކަށް ހިސާބު ބެއްލެވޭނެވެ.

  228. 84:9

    وَيَنقَلِبُ إِلَىٰٓ أَهْلِهِۦ مَسْرُورًا

    Wa-yañq̣alibu ʹilaaa ʹahlihee masrooraa.

    އަދި (ސުވަރުގޭގައި ތިބި) އޭނާގެ އަހުލުވެރިންގެ ގާތަށް އޭނާ އެނބުރި ދާނީ އުފާ ފާގަތިވެގެންނެވެ.

  229. 84:10

    وَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ وَرَآءَ ظَهْرِهِۦ

    Wa-ʹammaa man ʹootiya Kitaabahoo wa-raaaʹa z̤̣ahrih,

    އަދި އެމީހެއްގެ ފަތް އެމީހެއްގެ ބުރަކަށި ފަރާތުން ދެވިއްޖެމީހާ ދަންނައެވެ.

  230. 84:11

    فَسَوْفَ يَدْعُوا۟ ثُبُورًا

    Fasawfa yadʻoo s̤ubooraa,

    ފަހެ ނިކަންހުރެ އޭނާގޮވާނެއެވެ. އޭހުރި ހަލާކެއްގެ ބޮޑުކަމާއެވެ.

  231. 84:12

    وَيَصْلَىٰ سَعِيرًا

    Wa-yaṣlaa Saʻeeraa.

    އަދި އޭނާ ނަރަކަޔަށް ލެވޭނެއެވެ. އަދި އެތާގެ ގަދަ ޢަޒާބުގެ ރަހަ ލިބިގަންނާނެއެވެ.

  232. 84:13

    إِنَّهُۥ كَانَ فِىٓ أَهْلِهِۦ مَسْرُورًا

    ʹInnahoo kaana feee ahlihee masrooraa.

    ހަމަކަށަވަރުން ދުނިޔޭގައި އުޅުނުއިރު އޭނާގެ އަހުލުވެރިންނާއިއެކު އޭނާ އުޅުނީ ވަރަށް އުފާވެރިކަމާއި މަޖާނެގުމުގައެވެ. (އާޚިރަތްދުވަސް އައުމުގެ އެއްވެސް ޚިޔާލެއްނުކުރެއެވެ.)

  233. 84:14

    إِنَّهُۥ ظَنَّ أَن لَّن يَحُورَ

    ʹInnahoo z̤̣anna ʹal lañy yaḥoor!

    ހަމަކަށަވަރުން އޭނާހީކުރީ (ﷲ ގެ حَضْرَةُއަށް) އޭނާ އެނބުރި ނުދާނޭކަމަށެވެ. އޭނާ مَحْشَرُ އަށް ނުފޮނުއްވާނޭކަމަށެވެ.

  234. 84:15

    بَلَىٰٓ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرًا

    Balaaa ʹinna Rabbahoo kaana bihee Baṣeeraa!

    އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އޭނާވެސް مَحْشَرُ ކުރެވޭނެއެވެ. ހަމަކަށަވަރުން އޭނާހައްދަވާ ބޮޑުކުރެއްވި رَبُّ އޭނާގެއެންމެހައި ޢަމަލުތަކާއި ޙާލުތައް ދެނެވޮޑިގެންވާކަމުގައި ވިއެވެ.

  235. 84:16

    فَلَآ أُقْسِمُ بِٱلشَّفَقِ

    Falaaa ʹuq̣simu bish-Shafaq̣;

    ރަތްވިލާ ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.

  236. 84:17

    وَٱلَّيْلِ وَمَا وَسَقَ

    Wallayli wa-maa wa-saq̣;

    އަދި ރޭގަޑާއި ރޭގަދު ޖަމާކުރިހާއެއްޗަކާއި (ދުވާލު ނުކުމެއުޅުނު ހުރިހާދިރޭތަކެތި ރޭގަޑުވުމުން އެސޮރުމެން އެސޮރުމެންގެ ޖަގަހައަށް ޖަމާވާނެއެވެ.)

  237. 84:18

    وَٱلْقَمَرِ إِذَا ٱتَّسَقَ

    Wal-Q̣amari ʹiẓat tasaq̣;

    އަދި ހަދުފުރިހަމަވެއްޖެއްޔާ (ވަށްވެއްޖެއްޔާ) މިތިންއެތި ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.

  238. 84:19

    لَتَرْكَبُنَّ طَبَقًا عَن طَبَقٍ

    Latarkabunna ṭabaq̣an ʻañ ṭabaq̣.

    ހަމަކަށަވަރުން ކަލޭމެން އެއްޙާލަތަކުން އަނެއްޙާލަތަކަށް ބަދަލުވާނެއެވެ. (ދިރިއުޅުމަށްފަހު މަރުވުމަށް ދެން ކަށްވަޅަށް ދެން مَحْشَرُ އަށް ދެންސުވަރުގެއަށް ނުވަތަ ނަރަކައަށް ދެންމިހެން......) އަދިމިނޫން ގޮތްގޮތަށްވެސް مُفِسِّرُ ން ވިދާޅުވެއެވެ.

  239. 84:20

    فَمَا لَهُمْ لَا يُؤْمِنُونَ

    Famaa lahum laa- yuʹminoon,

    މިހެންވީއިރު އެމީހުން އީމާން ނުވަނީ އަދިނުވާންވީ ކީއްބާވައެވެ؟

  240. 84:21

    وَإِذَا قُرِئَ عَلَيْهِمُ ٱلْقُرْءَانُ لَا يَسْجُدُونَ ۩

    Wa-ʹiẓaa q̣uriʹa ʻalayhimul Q̣urʹaanu laa- yasjudoon?

    އަދިއެމީހުންގެމައްޗަށް قُرْآن ކިޔެވިއްޖެއްޔާ އެމީހުން ސަޖިދަނުކުރެއެވެ. ބިރުވެތިނުވެއެވެ.

  241. 84:22

    بَلِ ٱلَّذِينَ كَفَرُوا۟ يُكَذِّبُونَ

    Balil laẓeena kafaroo yukaẓẓiboon.

    އަދި ކިއެއްހެއްޔެވެ. ކާފަރުންގެމީހުން (قُرْآن އާއި ރަސޫލު) ދޮގުކުރަނީއެވެ.

  242. 84:23

    وَٱللَّهُ أَعْلَمُ بِمَا يُوعُونَ

    Wallaahu ʹAʻlamu bimaa yooʻoon.

    އަދިއެމީހުންގެ ހިތުގެތެރޭގައި ވަންހަނާކޮށްފައިވާތަކެއްޗާއި ކަންތައްތައް الله ދެނެވޮޑިގަތުންބޮޑެވެ

  243. 84:24

    فَبَشِّرْهُم بِعَذَابٍ أَلِيمٍ

    Fabashshirhum̃ biʻAẓaabin ʹaleem,

    ފަހެއެމީހުންނަށް ވޭންދެނިވި عَذَابُ އެއްހުރިކަމުގެ خَبَرُ ކަލޭގެފާނު އެމީހުންނަށް ދެއްވާށެވެ!

  244. 84:25

    إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍۭ

    ʹIllal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati lahum ʹAjrun g̣ayru mamnoon.

    އެމީހުންގެތެރެއިން އީމާންވެގެން صَالِحُ عَمَلُ ކުރިމީހުނަށްމެނުވީ އެވެ. ފަހެ އެފެދަ صَالِحُ عَمَلُ ކުރިމީހުނަށްހުރީ މަދުވުމެއް ނެތް ކެޑިދިއުމެއްނެތް ދަރުމައާއި ثَوَابُ އެވެ.

  245. Surah Al-BurujBegins here at 85:1

  246. 85:1

    وَٱلسَّمَآءِ ذَاتِ ٱلْبُرُوجِ

    Was-Samaaaʹi ẓaatil BUROOJ;

    ބުރުޖުތަކުގެވެރި އުޑުގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.\n• ދަންނައެވެ! މިއާޔަތުގައިވާ ބުރުޖު ގެމުރާދަކާއިމެދު مُفَسِّرُ ންގެބަސްތަފާތު ވެގެންވެއެވެ. އެބޭކަލުންވިދާޅުވި މާނަތަކުގެތެރޭގައި އަންނަނިވިމާނަތައްވެއެވެ. އެއީ ބޮޑެތި ތަރިތައް، އުޑުގައިވާ ގަޑުވަރުތަކެއް، އިރާއި ހަނދާއި ދަތުރުކުރާ މަންޒިލްތައް މިއެވެ. އަދި މިނޫންގޮތްގޮތަށްވެސް ކިޔައިފާވެއެވެ.

  247. 85:2

    وَٱلْيَوْمِ ٱلْمَوْعُودِ

    Wal-Yawmil Mawʻood;

    އަދި قِيَامَة ދުވަސް ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.

  248. 85:3

    وَشَاهِدٍ وَمَشْهُودٍ

    Wa-Shaahidiñw Wa-Mashhood;

    އަދި ހުކުރު ދުވަހާއި ޢަރަފާތް ދުވަހާއި (ވެސް ގަންދެއްވައި ހުވައި ވަޙީކުރަށްވައެވެ.)

  249. 85:4

    قُتِلَ أَصْحَـٰبُ ٱلْأُخْدُودِ

    Q̣utila ʹaṣḥaabul ʹukhdood,―

    أُخْدُودُ ގެ ވެރިންނަށް لَعْنَة ލެވިއްޖެއެވެ. أُخْدُودُ އަކީ ބިމުގައި ކޮނެފައި އޮންނަ ދިގު ވަޅުގަނޑެވެ.

  250. 85:5

    ٱلنَّارِ ذَاتِ ٱلْوَقُودِ

    ʹAnnaari ẓaatil Waq̣ood:

    އެވަޅުގަނޑަކީ އޭގައި ދަރުއަޅާ ރޯކޮށްފައިވާ ވަޅުގަނޑެވެ.

  251. 85:6

    إِذْ هُمْ عَلَيْهَا قُعُودٌ

    ʹIẓ hum ʻalayhaa q̣uʻood,

    ،(7) އެއީ (އެބަހީ އެކާފަރުންނަށް لَعنة ލެއްވުނީ) އެ ކާފަރުންގެ މީހުން އެ އަލިފާންގަނޑު ކައިރީގައި އިށީންދެ ތިބެ ހީހަދައި އަދި އެމީހުން އެތާ އިށީންދެ ތިބެނީ މުއުމިނުންނަށް ދޭ އަނިޔާއާއި ޢަޒާބުތައްދެކެ އެކަމަށް މަޖާނަގައި ހެދިކަމަށްޓަކައެވެ. ބެލުމަށްޓަކައެވެ. އެކަމަށް ޙާޟިރު ވެގެންނެވެ.

  252. 85:7

    وَهُمْ عَلَىٰ مَا يَفْعَلُونَ بِٱلْمُؤْمِنِينَ شُهُودٌ

    Wa-hum ʻalaa maa- yafʻaloona bilmuʹmineena shuhood.

    ،(7) އެއީ (އެބަހީ އެކާފަރުންނަށް لَعنة ލެއްވުނީ) އެ ކާފަރުންގެ މީހުން އެ އަލިފާންގަނޑު ކައިރީގައި އިށީންދެ ތިބެ ހީހަދައި އަދި އެމީހުން އެތާ އިށީންދެ ތިބެނީ މުއުމިނުންނަށް ދޭ އަނިޔާއާއި ޢަޒާބުތައްދެކެ އެކަމަށް މަޖާނަގައި ހެދިކަމަށްޓަކައެވެ. ބެލުމަށްޓަކައެވެ. އެކަމަށް ޙާޟިރު ވެގެންނެވެ.

  253. 85:8

    وَمَا نَقَمُوا۟ مِنْهُمْ إِلَّآ أَن يُؤْمِنُوا۟ بِٱللَّهِ ٱلْعَزِيزِ ٱلْحَمِيدِ

    Wa-maa naq̣amoo minhum ʹillaaa ʹañy yuʹminoo billaahil ʻAzeezil Ḥameed,―

    އެ ކާފަރުންގެ މީހުން އެ މުއުމިނުންނަށް ޢަޒާބުދީ މަރާ ހަދަނީ އެ މުއުމިނުންގެ މީހުން ގަދަ ކީރިތިވަންތަ އަދި حَمد ލިބިވޮޑިގެންވާ ﷲ އަށް އީމާންވީކަމުގެ ސަބަބުންނެވެ. އެހެންކަމެއްނޫނެވެ. ދަންނައެވެ. މި އާޔަތުގައި ذِكر ކުރެވިގެން މިދަނީ އިސްލާމްދީން އައުމުގެ ކުރީ އުޅުނުބައެއްގެ ވާހަކައެވެ. އެބައިމީހުންގެ ރަސްގެފާނަކަށް އިނީ އެއްކައުވަންތަކަމަށް دعوى ކުރާޖައްބާރު ވެރިއެކެވެ. ދެންފަހެ އޭނާގެ ރަތްޔިތުންކުރެ ބަޔަކު އޭރު އޮތް ސަމާވީދީނަށް ވަދެ އިސްލާމްވުމުން އެކަމާ ރުޅިއަރައިގެން އެ ރަސްގެ ފާނުންގެ އަމުރަށް ބިމުގައި ވަޅުގަނޑެއް ކޮނެ އޭގައި އަލިފާންރޯކޮށް އިސްލާމްދީން ދޫކޮށް ކާފަރުނުވި ކޮންމެ މީހަކު އެ އަލިފާންގަނޑަށް ލައި އެންދީއެވެ. މުމިނުން ދީން ދޫކުނުރިއެވެ. އެ ޢަޒާބު މުއުމިނުން ނަށް ދޭތަން ބަލަން ކާފަރުންގެ މީހުން ތިބީ އަލިފާންގަނޑު ކައިރީގައި އިށީންދެގެން މަޖާނަގާށެވެ. މުމިނުންގެ ކުށަކަށް އޮތީ ހަމައެކަނި އެމީހުން الله އަށް އީމާން ވީ ކަމެވެ (މިކަމެއް ހިގައިފާވަނީ نَجْرَانُ އެވެކިޔާ ރަށެއްގައިކަމުގައިވިއެވެ.). وَالله أعلم.

  254. 85:9

    ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ شَهِيدٌ

    ʹAllaẓee lahoo mulkus samaawaati wal-ʹarḍ: Wallaahu ʻalaa kulli shayʹiñ Shaheed.

    އެ ﷲ އީ އެކަލާންގެއަށް އުޑުތަކާއި ބިމުގެ އެންމެހާތަކެތި މިލްކުވެގެންވާ حَمد އާއި تَعْريف ލިބި ވޮޑިގެންވާ ގަދަފަދަވަންތަ ކަލާންގެއެވެ. އެކަލާނގެ ކޮންމެކަމަކަށް ހެކިވެ ވޮޑިގެންވެއެވެ. މިކާފަރުން މުއުމިނުންނަށް އެކުރިއަނިޔާއަށްވެސް ހެކިވެވޮޑިގެންވެއެވެ.

  255. 85:10

    إِنَّ ٱلَّذِينَ فَتَنُوا۟ ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ ثُمَّ لَمْ يَتُوبُوا۟ فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ ٱلْحَرِيقِ

    ʹInnal laẓeena fatanul Muʹmineena wal-muʹminaati s̤umma lam yatooboo falahum ʻaẓaabu Jahannama wa-lahum ʻAẓaabul ḥareeq̣.

    ހަމަކަށަވަރުން މުއުމިނުންގެ މީހުން އަލިފާނުން އަންދާ ޢަޒާބު ދިންމީހުން އެމީހުންހުން އެކުށުން އެމީހުން ތައުބާ ނުވިއްޔާ އެމީހުންނަށް ޤިޔާމަތް ދުވަހުން ހުންނަހުށީ ނަރަކައިގެ ޢަޒާބު އެވެ. އަނދައަނދާ ހުރި އަލިފާނުގެ ޢަޒާބު އެވެ.

  256. 85:11

    إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ جَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۚ ذَٰلِكَ ٱلْفَوْزُ ٱلْكَبِيرُ

    ʹInnal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati lahum Jannaatuñ tajree miñ taḥtihal ʹanhaar: ẓaalikal Fawzul kabeer.

    އަދި ހަމަކަށަވަރުން އީމާންވެގެން صَالِحُ عَمَلُ ކުރިމީސްތަކުން ދަންނައެވެ. އެމީހުންނަށް قِيَامَة ދުވަހުން ހުންނަހުށީ އެތަންތާގެދަށުން އާރުތައްދެމިދެމިހުންނަ ބަގީޗާތަކެވެ. ސުވަރުގެތަކެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.

  257. 85:12

    إِنَّ بَطْشَ رَبِّكَ لَشَدِيدٌ

    ʹInna Baṭsha Rabbika lashadeed.

    (އޭ رِسُولُ الله އެވެ!) ކަލޭގެފާނުންގެ رِبُّ ކުށްވެރިންގެކިބައިން ބަދަލު ހިތްޕެވުން ގަދަފަދަވެގެންވެއެވެ.

  258. 85:13

    إِنَّهُۥ هُوَ يُبْدِئُ وَيُعِيدُ

    ʹInna-Hoo Huwa yubdiʹu wa-yuʻeed.

    ހަމަކަށަވަރުން އެކަލާނގެއީ އެންމެހައި ޚަލްޤުތަކުން އިސްވެދިޔަ އެއްވެސް މިސާލެއްނެތި ފަށައިގެން ހައްދަވާކަލާނގެއެވެ. އަދި މަރުވުމަށްފަހު އަލުން ދިރުއްވައި مَحْشَر ކުރައްވާނޭކަލާނގެއެވެ.

  259. 85:14

    وَهُوَ ٱلْغَفُورُ ٱلْوَدُودُ

    Wa-Huwal G̣afoorul Wadood,

    އަދިއެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ލޯބިވެތިވެގެންވާ ކަލާނގެއެވެ.

  260. 85:15

    ذُو ٱلْعَرْشِ ٱلْمَجِيدُ

    Ẓul ʻArshil Majeed.

    އެކަލާނގެއީ މާތްވެގެންވާ عَرْشِ ގެވެރިކަލާނގެއެވެ. ނުވަތަ އެކަލާނގެއީ ބޮޑުވެގެންވާ عَرْشِ ގެވެރިކަލާނގެއެވެ. އޯގާވަންތަކަމާއި ދީލަތިވަންތަކަން އޭގެ ނިހާޔަތުގައިވާކަލަނގެއެވެ.

  261. 85:16

    فَعَّالٌ لِّمَا يُرِيدُ

    Faʻ-ʻaalul limaa yureed.

    އަދި އެކަލާނގެއީ އެކަލާނގެ އެދިވޮޑިގަންނަވާކޮންމެކަމެއް އެދިވޮޑިގެންނެވި ފަދައަކުން ކުރައްވާކަލާނގެއެވެ. އަދިއެކަމެއް މަނާކުރެވޭނެ އެއްވެސްފަރާތެއްނުވާ ކަލާނގެއެވެ.

  262. 85:17

    هَلْ أَتَىٰكَ حَدِيثُ ٱلْجُنُودِ

    Hal ʹataaka ḥadees̤ul Junood―

    (އޭ رِسُولُ الله އެވެ!) ސިފައިންގެ ޖަމާޢަތްތަކުގެ ވާހަކަތައް ކަލޭގެފާނާއި ހަމައަށް އަތުވެއްޖެތޯއެވެ؟ އެބަހީ رسُولُ ބޭކަލުން ދޮގުކުރި ޖަމާޢަތްތަކުގެ خَبَرُ ކަލޭގެފާނަށް އަތުވެއްޖެތޯއެވެ؟

  263. 85:18

    فِرْعَوْنَ وَثَمُودَ

    Firʻawna wa-S̤amood?

    އެއީ فِرْعَوْنُ ގެ ޤައުމުގެމީހުންނާއި ثَمُوْدُ ބާގައިގެމީހުންނެވެ. އެދެޖަމާޢަތުގެނަން ذِكْرُ ކުރެވިފައިވަނީ އެދެޖަމާޢަތް أهْلُ كِتَابُ ންގެގާތުގައި މަޝްހޫރުވެގެންވާތީއެވެ.

  264. 85:19

    بَلِ ٱلَّذِينَ كَفَرُوا۟ فِى تَكْذِيبٍ

    Balil laẓeena kafaroo fee takẓeeb!

    އަދިކިއެއްހެއްޔެވެ. މައްކާގެ ކާފަރުންއެވަނީ ބޮޑުވެގެންވާ ދޮގު ކުރުމެއްގައެވެ. އެމީހުން އެވަނީ رسُولُ ﷲ ގެފަނާއި އެކަލޭގެފާނު ގެންނެވި ތަކެއްޗާއިމެދު ބޮޑުދޮގުކުރުމެއްގައެވެ.

  265. 85:20

    وَٱللَّهُ مِن وَرَآئِهِم مُّحِيطٌۢ

    Wallaahu miñw waraaaʹihim Muḥeeṭ!

    އަދި الله އެވަނީ އެމީހުންގެފަހަތުގައި ހުރިހާކަމަކަށް ކުޅަދުންވަންތަވެވޮޑިގެން ބައްލަވާށެވެ. (އެމީހުންނަށްވެސް އިސްވެދި އުއްމަތްތަކަށް ދެއްވިފަދަ عَذَابُ އެއްދެއްވުމަށް ކުޅަދުންވަންތަވެވޮޑިގެންނެވެ.

  266. 85:21

    بَلْ هُوَ قُرْءَانٌ مَّجِيدٌ

    Bal Huwa Q̣urʹaanum Majeed,

    އަދިކިއެއްހެއްޔެވެ. އެ قُرْآن އަކީ މާތްކަމާއި ޝަރަފުވެރިކަމާއި އަދިކީރިތިކަން އޭގެނިހާޔަތަށް ގޮސްފައިވާފޮތެކެވެ.

  267. 85:22

    فِى لَوْحٍ مَّحْفُوظٍۭ

    Fee Lawḥim Maḥfooz̤̣!

    އެފޮތްވަނީ لَوْحُ المَحْفُوْظُ ގައި ލިޔެވިގެންނެވެ. ރައްކާތެރިވެގެންވާ ފިލައިގާ ލިޔެވިގެންނެވެ. شَيْطَان ންގެ އަތްތަކެއް އެއަކަށް ނުފޯރާނެއެވެ. މާތްވެގެންވާ طَاهِرُ މަލާއިކަތްބޭކަލުންނޫނީ އޭގައި ނުބީހެއެވެ.

  268. Surah At-TariqBegins here at 86:1

  269. 86:1

    وَٱلسَّمَآءِ وَٱلطَّارِقِ

    Was-Samaaaʹi waṭ-ṬAARIQ̣;

    އުޑާއި އަދި طَارِقُ ގަންދެއްވައި الله [ހުވައި وَحِي ކުރައްވައެވެ.]

  270. 86:2

    وَمَآ أَدْرَىٰكَ مَا ٱلطَّارِقُ

    Wa-maaa ʹadraaka maṭ Ṭaariq̣?

    އަދި طَارِقُ އެއީ ކޮންއެޗެއްކަން ކަލޭގެ ފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

  271. 86:3

    ٱلنَّجْمُ ٱلثَّاقِبُ

    ʹAn-Najmus̤ s̤aaq̣ib!

    އެއީ އަލިކުރާތަރިއެވެ. ނުވަތަ شَيْطَان ންނާއިދިމާއަށް އެއްލީމާ އެސޮރުމެންގެ ގައިގާ ލޯވަޅު އަޅާފޫވައްޓައިލާ ތަރިއެވެ. އެތަކެތި ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.

  272. 86:4

    إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ

    ʹIñ kullu nafsil lammaa ʻalayhaa ḥafiz̤̣.

    އެއްވެސް ނަފުސެއް އެނަފުސެއް ރައްކާތެރިކުރައްވާނޭ މަލާއިކަތްބޭކަލުން ނުލައްވާ އެއްވެސް ނަފުސެއްނުވެއެވެ. (އެބަހީ ކޮންމެ ނަފުސަކަށް ވެސް އެނަފުސެއްކުރާކަންތަކާ ދައްކާވާހަކަ އަދި އެނޫންވެސް އެނަފުސަކާބެހޭ އެންމެހައިކަމެއް ލިއުއްވާ ބަލަހައްޓަވާނޭ ބޭކަލުން ލައްވާފައިވެއެވެ.)

  273. 86:5

    فَلْيَنظُرِ ٱلْإِنسَـٰنُ مِمَّ خُلِقَ

    Fal-yañz̤̣uril ʹiñsaanu mimma khuliq̣.

    ފަހެ އިންސާނާ އެނާ ހެއްދެވިފައިވާ އެއްޗަކާއިމެދު ވިސްނާ ފިކުރު ކުރާހުށިކަމެވެ.

  274. 86:6

    خُلِقَ مِن مَّآءٍ دَافِقٍ

    Khuliq̣a mim maaaʹiñ daafiq̣,

    އޭނާ ހެއްދެވިފައިވަނީ ފޮދު ފޮދު ވަރަށް އަންނަފެންފޮދަކުންނެވެ. (މަނިފޮދަކުންނެވެ.)

  275. 86:7

    يَخْرُجُ مِنۢ بَيْنِ ٱلصُّلْبِ وَٱلتَّرَآئِبِ

    Yakhruju mim bayniṣ ṣulbi wat-taraaaʹib.

    އެފެންފޮދު އުފެދިގެން އަންނަނީ ފިރިހެނާގެ ބުރަކަށީގެ ކަށިތަކުގެ ތެރެއިންނާއި އަންހެނާގެ މޭކަށިގަޑައި ދެމެދުންނެވެ. ދަރި އުފެދެނީ އެދެފެން އެކުވެގެންނެވެ.

  276. 86:8

    إِنَّهُۥ عَلَىٰ رَجْعِهِۦ لَقَادِرٌ

    ʹInna-Hoo ʻalaa rajʻihee laq̣aadir.

    އަދި ހަމަކަށަވަރުން އެކަލާނގެއީ އެއިންސާނާ މަރުވުމަށްފަހު އަލުން ދެވެވަނަފަހަރަށްވެސް ދިރުއްވައި مَحْشَرُ ކުރެއްވުމަށްވެސް ކުޅަދުންވަންތަވެވޮޑިގެންވާ ކަލާނގެއެވެ. ނުވަތަ އެމަނިފޮދުއަޔަނުދީ އަބުނރާ ރައްދުކުރެއްވުމަށްވެސް ކުޅަދުންވަންތަ ކަލާނގެއެވެ.

  277. 86:9

    يَوْمَ تُبْلَى ٱلسَّرَآئِرُ

    Yawma tublas saraaaʹir,

    އެއިންސާނާ އަލުންދިރުއްވައި ފޮނުއްވާނީ ހިތުގެ އެންމެހައި ސިއްރުތައް -އެބަހީ -އެންމެހައި عَقِيْدَة ތަކާއި ނިޔަތްތަކެއް އިމްތިޙާނު ކުރައްވައި خَبَرُ ބައްލަވާދުވަހުންނެވެ.

  278. 86:10

    فَمَا لَهُۥ مِن قُوَّةٍ وَلَا نَاصِرٍ

    Famaa lahoo miñ q̣uwtiñwwa walaa naaṣir.

    އެދުވަހުން އޭނާއަށް ގަދަދެއްކޭނޭ އެއްވެސްބާރެއް އަދި ނަސްރުދޭނެ ނަސްރުވެރިއަކު ނުވާނެއެވެ. ހަމައެކަނި އެދުވަހުގެ ވެރިއަކީ الله އެވެ.

  279. 86:11

    وَٱلسَّمَآءِ ذَاتِ ٱلرَّجْعِ

    Was-Samaaaʹi ẓaatir rajʻ.

    ވާރޭވިލާގަޑުގެވެރި އުޑު ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.

  280. 86:12

    وَٱلْأَرْضِ ذَاتِ ٱلصَّدْعِ

    Wal-ʹarḍi ẓaatiṣ ṣadʻ,―

    (ގަސްނުކުތުމަށްޓަކައި) ފަޅަފަޅައިގެންދާ / ނުވަތަ ގަސްގަހާގެހީގެވެރި ބިން ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.

  281. 86:13

    إِنَّهُۥ لَقَوْلٌ فَصْلٌ

    ʹInnahoo laq̣awluñ faṣl:

    ހަމަކަށަވަރުން އެއީ އެބަހީ އެ قُرْآن އެއީ ކަނޑައެޅިގެން ޙައްޤުއާއި بَاطِلُ ވަކިކޮށްދޭ ބަހެވެ. ފޮތެވެ.

  282. 86:14

    وَمَا هُوَ بِٱلْهَزْلِ

    Wa-maa huwa bil-hazl.

    އަދިއެއީ ބޭކާރު އަދި ކުޅިވަރު އެއްޗެއްކަމުގައިނުވެއެވެ.

  283. 86:15

    إِنَّهُمْ يَكِيدُونَ كَيْدًا

    ʹInnahum yakeedoona kaydaa,

    ހަމަކަށަވަރުން އެކާފަރުންގެމީހުން قُرْآن بَاطِلُ ކޮށް رَسُولُ الله ﷺ ގެންނެވި حَقُّ دِيْن ނެތިކޮށްލެވޭތޯ ޒާތްޒާތުގެ މަކަރުހަދާ ރޭވުންތައް ރާވަނީއެވެ.

  284. 86:16

    وَأَكِيدُ كَيْدًا

    Wa-ʹakeedu kaydaa.

    އަދި ތިމަންރަސްކަލާނގެވެސް އެމީހުންނަށް ނޭގޭނެގޮތުން އެމީހުންނާއި އިދިކޮޅަށް ރޭވުންތައް ރާވަމެވެ.

  285. 86:17

    فَمَهِّلِ ٱلْكَـٰفِرِينَ أَمْهِلْهُمْ رُوَيْدًۢا

    Famahhilil kaafireena ʹamhilhum ruwaydaa.

    (އޭ رَسُولُ الله އެވެ.) ކާފަރުންތައް ހަލާކު ކުރެއްވުމަށް އެދިވަޑައިގަތުން އަވަސްނުކުރައްވާށެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުންނަށް މުހުލަތުދެއްވާށެވެ. ތަންވަޅުދެއްވައި ލަސްކުރައްވާށެވެ.

  286. Surah Al-A'laBegins here at 87:1

  287. 87:1

    سَبِّحِ ٱسْمَ رَبِّكَ ٱلْأَعْلَى

    Sabbiḥis ma Rabbikal ʹAʻlaa,

    (އޭ رَسُول الله އެވެ!) ކަލޭގެފާނު ހައްދަވާ ބޮޑުކުރައްވާ އަދި މަތިވެރިވެގެންވާ ކަލާނގެ ނަންފުޅު (އެކަލާނގެ ޒާތުފުޅު) އެކަލާނގެ ޒާތުފުޅާ އެކަށީގެންނުވާ އެންމެހާ ޢައިބާއި އުނިކަމަކުން طَاهر ކުރައްވައި تقديس ކުރަށްވާށެވެ. (އެބަހީ سبحَان ربِّىَ الأَعْلى) މިފައިން ކިޔާށެވެ. ނުވަތަ އެކަލާނގެ ނަންފުޅު ޛިކުރުކޮށް ހަނދާންކުރާއިރު މަޑުމޮޅިވެ خُشُوع ވާށެވެ. އެނަންފުޅަށް އިޙްތިރާމް ކުރާށެވެ.\n• ދަންނައެވެ. މިއާޔަތް ބާވައިލެއްވުމުން رسول الله ﷺ حديث ކުރެއްވިއެވެ. އެތަން ތިޔަބައިމީހުންގެ ސަޖިދައަށް ލާށެވެ. އެބަހީ ސަޖިދައިގައި سبحَان ربِّىَ الأَعْلى މިހެން ކިޔާށެވެ. = فتح القدير =

  288. 87:2

    ٱلَّذِى خَلَقَ فَسَوَّىٰ

    ʹAllaẓee khalaq̣a fasawwaa;

    އެކަލާނގެއީ އިންސާނާ ފުރިހަމަކޮށް ސީދާކޮށްހައްދަވައި އޭނާގެވިސްނުންވެސް ބަރާބަރު ކުރެއްވި ކަލާނގެއެވެ. އަދި ޚަލްޤުތަކުން ހައްދަވައި ބަރާބަރު ކުރެއްވި ކަލާނގެއެވެ.

  289. 87:3

    وَٱلَّذِى قَدَّرَ فَهَدَىٰ

    Wallaẓee q̣addara fahadaa;

    އަދި އެކަލާނގެއީ އެންމެހައިތަކެތީގެ ޖިންސްތަކާއި ސިފަތަކާއި ވައްތަރުތަކާއި ކަންތައްތަކާއި ބަސްތަކާއި އަދި އެންމެހައި ތަކެތީގެ އަޖަލުވެސް މިންވަރު ކުރަށްވައި އަދި އެންމެހައި ތަކެއްޗަށް އެތަކެތީގެ އަމިއްލަ ބޭނުންތައް ފުއްދުމުގެ މަގުވެސް ދައްކަވައިދެއްވި ކަލާނގެއެވެ.

  290. 87:4

    وَٱلَّذِىٓ أَخْرَجَ ٱلْمَرْعَىٰ

    Wallaẓeee ʹakhrajal marʻaa,

    އަދި އެކަލާނގެއީ ބިމުން ތަރޯ ތާޒާ ރޯ ވިނަ ނެރުއްވި ކަލާނގެއެވެ.

  291. 87:5

    فَجَعَلَهُۥ غُثَآءً أَحْوَىٰ

    Fajaʻalahoo g̣us̤aaaʹan ʹaḥwaa.

    ދެން އަދި އެވިނަ ވަޔަށްބުރައިގެންދާފަދަ ލުއިލުއި ކަޅުއެއްޗަކަށް އެކަލާނގެ ލެއްވިއެވެ. އެވިނަ ގިނަދުވަސްވެ ހިކި ކަޅުވެ ވަޔަށް ބުރައިގެންދާފަދައަކުންވެސް ހެއްދެވިއެވެ.

  292. 87:6

    سَنُقْرِئُكَ فَلَا تَنسَىٰٓ

    Sanuq̣riʹuka falaa tañsaa,

    އޭ (رَسُول الله އެވެ!) ތިމަން ރަސްކަލާނގެ ކަލޭގެފާނަށް ކިޔަވިދެއްވާ ހުށީމެވެ. އެބަހީ ޤުރްއާން ހަދުމަފުޅު ނުނެތޭނެގޮތް ހައްދަވައި ދެއްވާ ހުށީމެވެ. އޭރުން ދެން ހަނދުމަފުޅު ނުނެތޭނެއެވެ.

  293. 87:7

    إِلَّا مَا شَآءَ ٱللَّهُ ۚ إِنَّهُۥ يَعْلَمُ ٱلْجَهْرَ وَمَا يَخْفَىٰ

    ʹIllaa maa- shaaaʹal laah: ʹinna-Hoo yaʻlamul jahra wa-maa yakhfaa.

    އެކަމަކު ހަނދުމަފުޅު ނެތޭނީ ހަނދުމަފުޅުނެތުމަށް އެކަލާނގެ އިރާދަކުރެއްވި އެއްޗެކެވެ. ހަމަކަށަވަރުން ބޭރު ފުށަށް ފާޅުވާ ތަކެއްޗާއި އަދި ވަންހަނާގައި ވާ ތަކެތިވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.

  294. 87:8

    وَنُيَسِّرُكَ لِلْيُسْرَىٰ

    Wa-nu-yassiruka lil-Yusraa,

    އަދި ތިމަންރަސްކަލާނގެ ކަލޭގެފާނު ސުވަރުގެއަށް ފަސޭހަކޮށްދެއްވައި ހުށީމެވެ.

  295. 87:9

    فَذَكِّرْ إِن نَّفَعَتِ ٱلذِّكْرَىٰ

    Faẓakkir ʹin nafaʻatiẓ ẓikraa.

    (އޭ رَسُول الله އެވެ!) وَعظ އާއި ނަސޭޙަތުން މަންފާ ކުރާނެކަމަށް ވަންޏާ ކަލޭގެފާނު މީސްތަކުންނަށް وَعظ އާއި ނަސޭޙަތް ދެއްވާށެވެ.

  296. 87:10

    سَيَذَّكَّرُ مَن يَخْشَىٰ

    Sayaẓẓakkaru mañy yakhshaa:

    (އޭ رَسُول الله އެވެ!) ﷲ އަށް ބިރުވެތިވާމީހަކުވިއްޔާ ކަލޭގެފާނުންގެ وَعظ އާއި ނަސޭޙަތް ލިބިގަންނާނެއެވެ. އަދިއެއިން އޭނާއަށް މަންފާކުރާނެއެވެ.

  297. 87:11

    وَيَتَجَنَّبُهَا ٱلْأَشْقَى

    Wa-yatajannabuhal ʹashq̣aa,

    އަދި ކަލޭގެފާނުންގެ وَعظ އާއި ނަސޭޙަތުން ދުރުވެގަންނާނީ އަބާއްޖަވެރިއެކެވެ.

  298. 87:12

    ٱلَّذِى يَصْلَى ٱلنَّارَ ٱلْكُبْرَىٰ

    ʹAllaẓee yaṣlan Naaral kubraa,

    އެމީހާ ޤިޔާމަތްދުވަހުން ބޮޑުވެގެންވާ އަލިފާނަށް ވަންނާނެއެވެ. އެތާއަދާނެއެވެ.

  299. 87:13

    ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ

    S̤umma laa- yamootu feehaa wa-laa yaḥyaa.

    ދެން އަދިއެއަލިފާނުގައި އަދާއިރު އޭނާމަރުވެސްނުވާނެއެވެ. އަދި ނުދިރޭނެއެވެ. އެބަހީ ދިރިހުރުމުން ކުރާ އެއްވެސްފައިދާއެއްނުކުރާނެއެވެ. ޢަޒާބުގައި ތެޅިފޮޅޭނީއެވެ.

  300. 87:14

    قَدْ أَفْلَحَ مَن تَزَكَّىٰ

    Q̣ad ʹaflaḥa mañ tazakkaa.

    ،(15) ހަމަކަށަވަރުން ޝިރުކުން طَاهِرُ ވެ الله އަށް އީމާންވެ صَالِحُ عَمَلُ ކޮށް އަދިޒަކާތްދީ އެކަލާނގެ ނަންފުޅުހަދާންކޮށް އެކަލާނގެއަށްޒިކުރުކޮށް އަދި ނަމާދުޤާއިމުކޮށްފި މީހާ ކާމިޔާބުވެއްޖެއެވެ. (މިދެއާޔަތްމިވަނީ މާނައެކުގައެވެ.)

  301. 87:15

    وَذَكَرَ ٱسْمَ رَبِّهِۦ فَصَلَّىٰ

    Wa-ẓakaras ma Rabbihee faṣallaa.

    ،(15) ހަމަކަށަވަރުން ޝިރުކުން طَاهِرُ ވެ الله އަށް އީމާންވެ صَالِحُ عَمَلُ ކޮށް އަދިޒަކާތްދީ އެކަލާނގެ ނަންފުޅުހަދާންކޮށް އެކަލާނގެއަށްޒިކުރުކޮށް އަދި ނަމާދުޤާއިމުކޮށްފި މީހާ ކާމިޔާބުވެއްޖެއެވެ. (މިދެއާޔަތްމިވަނީ މާނައެކުގައެވެ.)

  302. 87:16

    بَلْ تُؤْثِرُونَ ٱلْحَيَوٰةَ ٱلدُّنْيَا

    Bal tuʹs̤iroonal ḥayaatad dunyaa;

    މިހެން މިކަންކަން ހުރިއިރުވެސް ކަލޭމެން މިކަންކަން ނުކުރެއެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެން ދުނިޔޭގެ ޙަޔާތުގެކަންތައްތައްآخِرَةُ ގެކަންތަކުގެމައްޗަށް އިސްކުރަނީއެވެ. (އެއީ ކޮށްގެންވާނެކަމެއްނޫނެވެ.

  303. 87:17

    وَٱلْـَٔاخِرَةُ خَيْرٌ وَأَبْقَىٰٓ

    Wal-ʹAakhiratu khayruñw waʹabq̣aa.

    އެކަމަކު آخِرَةُ މާހެޔޮވެފައި ދެމިހުރުންބޮޑެވެ.

  304. 87:18

    إِنَّ هَـٰذَا لَفِى ٱلصُّحُفِ ٱلْأُولَىٰ

    ʹInna haaẓaa lafiṣ Ṣuḥufil ʹoolaa,―

    ހަމަކަށަވަރުން މިވާހަކަތަކަކީ (އެބަހީ ޝިރުކުން ސަލާމަތްވެ ހެޔޮޢަމަލުކޮށް الله އަށް ޒިކުރުކޮށް ނަމާދުޤާއިމުކޮށް ހަދާމީހާ ކަމިޔާބުވީވާހަކަ) އެއީ އިސްވެދިޔަ ފަތްފުއްތަކުގައިވެސްވާ ވާހަކަތަކެކެވެ.

  305. 87:19

    صُحُفِ إِبْرَٰهِيمَ وَمُوسَىٰ

    Ṣuḥufi ʹIbraaheema wa-Moosaa.

    އެއީ ސަލާމުލެއްވި إِبْرَاهِيْم ގެފާނަށް ބާވައިލެއްވި ފަތްފުޢްތަކުގައްޔާ އަދި ސަލާމުލެއްވި مُوسى ގެފާނަށްބާވައިލެއްވި ފަތްފުއްތަކުގައިވެސް މިވާހަތައްވާނެއެވެ.

  306. Surah Al-GhashiyahBegins here at 88:1

  307. 88:1

    هَلْ أَتَىٰكَ حَدِيثُ ٱلْغَـٰشِيَةِ

    Hal ʹataaka ḥadees̤ul G̣aashiyah?

    (އޭ رَسُول الله އެވެ!) غَشِيَة އެވެ ކިޔުނު ޤިޔާމަތްދުވަހުގެ ވާހަކަ ހަމަކަށަވަރުން ކަލޭގެފާނުންގެ އަރިހައް އަތުވެއްޖެއެވެ. (ނުވަތަ އެވާހަކަ އަތުވެއްޖެ ތޯއެވެ؟)

  308. 88:2

    وُجُوهٌ يَوْمَئِذٍ خَـٰشِعَةٌ

    Wujoohuñy Yawmaʹiẓin khaashiʻah,

    އެދުވަހުން ބައެއް މޫނުތަކުގެ ވެރިންވާނީ ދެރަވެ ފެންކަޅިވެގެންނެވެ. ހިތާމައިގައެވެ.

  309. 88:3

    عَامِلَةٌ نَّاصِبَةٌ

    ʻAamilatun naaṣibah,

    އޭނާ އުފުލަމުންދާ ގިނަ ޗޭނުތަކާއި ކަސްތަޅުތަކުގެ މަސައްކަތުގައި ވަރުބަލިވެފައެވެ. (ނުވަތަ އޭނާ ދުނިޔޭގައި ވަރުބަލި ވާންދެން ކުރި މަސައްކަތުގެ އެއްވެސް ހެޔޮކަމެއް ނެތި ފެންކަޅިވެފައެވެ.) އެއީ ނުބައި ނުލަފާ މީހުންނެވެ.

  310. 88:4

    تَصْلَىٰ نَارًا حَامِيَةً

    Taṣlaa Naaran ḥaamiyah,―

    އޭނާ ހޫނުވެގެންވާ އަލިފާނަކަށް ލެވޭނެއެވެ. އަދި އެޔާއެކު

  311. 88:5

    تُسْقَىٰ مِنْ عَيْنٍ ءَانِيَةٍ

    Tusq̣aa min ʻaynin ʹaaniyah,

    ހޫނުކަން ނިހާޔަތަށް ގޮސްފައިވާ އެންމެ ހޫނު ފެނުގެ ކޯރަކުން އޭނާއަށް ބޯންދެވޭނެއްވެ.

  312. 88:6

    لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ

    Laysa lahum ṭaʻaamun ʹillaa miñ Ḍareeʻ

    އެމީހުންނަށް ޤިޔާމަތް ދުވަހުން ضَرِيْع ކިޔާ ކަށި މެނުވީ އެހެންކާއެއްޗެއް ނުވެއެވެ. (އެއީ شبرق ކިޔާ ރޯކަށި ހިކުނީމާކިޔާ ނަމެކެވެ.)

  313. 88:7

    لَّا يُسْمِنُ وَلَا يُغْنِى مِن جُوعٍ

    Laa- yusminu wa-laa yug̣nee miñ jooʻ.

    (އެކަށި އެމީހުންކާނެއެވެ.) އަދިއެކެއުމަކުން އެމީހުންގެ ހަށިތަކަށްއެއްވެސް ފައިދާއެއްނުކުރާނެއެވެ. އަދި ބަޑުނހައިހޫނުކަމުގެ އެއްވެސްކަމެއް އެއިން ފުއްދައި ނުދެނެއެވެ.

  314. 88:8

    وُجُوهٌ يَوْمَئِذٍ نَّاعِمَةٌ

    Wujoohuñy Yawmaʹiẓin naaʻimah,

    އަދި ޤިޔާމަތްދުވަހުން އަނެއްބައިމޫނުތަކުގެވެރިން ތިބޭނީ ނިޢްމަތުގެ ގިނަކަމާއި ބޮޑުކަމުން އުފާވެރިވެ މޫނުތައްތާޒާވެފައެވެ.

  315. 88:9

    لِّسَعْيِهَا رَاضِيَةٌ

    Lisaʻyihaa raaḍiyah,

    އެމީހުން ދުނިޔޭގައި ކުރި ހެޔޮ ޢަމަލުތަކަށް ރުހެވިގެންނެވެ. އެބަހީ الله އެމީހުންނަށް ރުހިވޮޑިގަތުމުގެސަބަބުން މޫނުތައް އަލިވެ އުޖާލާވެގެންނެވެ.

  316. 88:10

    فِى جَنَّةٍ عَالِيَةٍ

    Fee Jannatin ʻaaliyah,

    އެމީހުން ތިބޭނީ މަތިވެރިވެގެންވާ ސުވަރުގެތަކުގައެވެ.

  317. 88:11

    لَّا تَسْمَعُ فِيهَا لَـٰغِيَةً

    Laa- tasmaʻu feehaa laag̣iyah:

    އެތާގައި އެމީހުން އެއްވެސް بَاطِلُ އަދި ބޭކަރުވާހަކައެއްނުއަހާނެއެވެ.

  318. 88:12

    فِيهَا عَيْنٌ جَارِيَةٌ

    Feehaa ʻaynuñ jaariyah,

    އެސުވަރުގޭގައި ދެމިދެމި އޮންނަ އާރުތަކެއްވެއެވެ.

  319. 88:13

    فِيهَا سُرُرٌ مَّرْفُوعَةٌ

    Feehaa Sururum marfooʻah,

    އަދި އެތާ އުސްވެގެންވާ އެދުދާންކޮޅުތައްވެއެވެ. (މާތްވެގެންވާފަށުވީގެ ތަންމަތި ތަކުގައި މާތްވެގެންވާ حُوْرَ العِين އަންހެންކުދިންނާއި އެކުގައެވެ.)

  320. 88:14

    وَأَكْوَابٌ مَّوْضُوعَةٌ

    Wa-ʹakwaabum mawḍooʻah,

    އަދި އެތާގައި ބޭނުންމީހަކު ބުއިމަށް ބެހެއްޓިގެންވާ ތަށިތައްވެއެވެ.

  321. 88:15

    وَنَمَارِقُ مَصْفُوفَةٌ

    Wa-namaariq̣u maṣfoofah,

    އަދި އެސުވަރުގޭގައި ސަފުސަފަށްއެތުރިފައިވާ ބާލީސްތަކާއި ކަންނެއުތައްވެއެވެ

  322. 88:16

    وَزَرَابِىُّ مَبْثُوثَةٌ

    Wa-zaraabiyyu mabs̤oos̤ah.

    އަދި މަޚުމާޖެހިދޫލަތައް އެތާ ފެތުރިގެންވެއެވެ.

  323. 88:17

    أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ

    ʹAfalaa yañz̤̣uroona ʹilal ʹibili kayfa khuliq̣at?―

    އެކާފަރުންގެމީހުން ޖަމަލުހެއްދެވިފައިވަނީ ކޮންފަދައަކުންތޯބަލައި ފިކުރުކޮށް ނުހަދަނީބާވައެވެ؟ އެޖަމަލު ހެއްދެވި މަތިވެރި މާތްﷲ ގެ ޤުދްރަތްތެރިކަމާއިމެދު ފިކުރުކޮށް އިބްރަތް ޙާސިލު ނުކުރާނެ ބާވައެވެ؟

  324. 88:18

    وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ

    Wa-ʹilas Samaaaʹi kayfa rufiʻat?―

    އަދި އުޑަށް އެމީހުން ނުބަލަނީ ކީއްވެގެންބާވައެވެ؟އެއްވެސް ތަބަކާއި ނުލައި އެއުޑު އުފުލިފައި ވާގޮތާއިމެދު ވިސްނާ ފިކުރުނުކުރަނީ ކީއްވެގެންބާވައެވެ؟

  325. 88:19

    وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ

    Wa-ʹilal Jibaali kayfa nuṣibat?

    އަދި ފަރުބަދަތަކަށް އެމީހުން ނުބަލަނީ ކީއްވެގެންބާވައެވެ؟ އެތަކެތި ބިމުގައި ހަރުކުރެވިފައިވާ ގޮތާއިމެދު އެމީހުން ވިސްނާފިކުރު ނުކުރަނީބާވައެވެ؟

  326. 88:20

    وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ

    Wa-ʹilal ʹArḍi kayfa suṭiḥat?

    އަދި ބިމަށް އެމީހުންނުބަލާނެބާވައެވެ؟ އެބިން ފެތުރިފައިވާގޮތާއިމެދު އެމީހުން ވިސްނާ ފިކުރުނުކުރާނެބާވައެވެ؟ ފަހެމިތަކެއްޗަށް އެމީހުން ވިސްނާހަދާނަމަ އެތަކެތި އެހާފުރިހަމަކޮށް ބަރާބަރުކޮށް ހެއްދެވި الله އަށް އެމީހުން މަރުވުމަށްފަހު ދެވަނަފަހަރަށް ދިރުއްވައި مَحْشَرُ އަށްފޮނުއްވަން އުދަގޫނުވާނެކަން ރަނގަޅަށް އެގެންވާނެއެވެ.

  327. 88:21

    فَذَكِّرْ إِنَّمَآ أَنتَ مُذَكِّرٌ

    Faẓakkir, ʹinnamaaa ʹañta muẓakkir.

    (އޭ رَسُولُ الله!) ފަހެ ކަލޭގެފާނު އެމީހުންނަށް އާއި وَعْظُ نَصِيْحِة ދެއްވާ ހަދާންކޮށްދެއް ވާށެވެ. ހަމަކަށަވަރުން ކަލެގެފާނީ وَعْظُ نَصِيْحِة ދެއްވާ ހަދާންކޮށްދެއްވާ ހައްދަވާނެ ބޭކަލެކެވެ.

  328. 88:22

    لَّسْتَ عَلَيْهِم بِمُصَيْطِرٍ

    Lasta ʻalayhim̃ bimuṣayṭir.

    އަދިއެމީހުން އީމާންކުރުވުމުގެ މައްޗަށް މަޖްބޫރު ކުރައްވާނޭބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ.

  329. 88:23

    إِلَّا مَن تَوَلَّىٰ وَكَفَرَ

    ʹIllaa mañ tawallaa wa-kafar,―

    އެކަމަކު وَعْظُ نَصِيْحِة އަށް ފުރަގަސްދީ ޙައްޤުއަށް ކާފަރުވީމީހަކު މެނުވީއެވެ.

  330. 88:24

    فَيُعَذِّبُهُ ٱللَّهُ ٱلْعَذَابَ ٱلْأَكْبَرَ

    Fayuʻaẓẓibuhul laahul ʻAẓaabal ʹakbar.

    ފަހެ އެފަދަމީހުންނަށް ބޮޑުވެގެންވާ އަޒާބު الله ދެއްވާނެއެވެ. އެއީ قِيَامَة ދުވަހުންނެވެ.

  331. 88:25

    إِنَّ إِلَيْنَآ إِيَابَهُمْ

    ʹInna ʹilaynaaa ʹIyaabahum;

    ހަމަކަށަވަރުން އެމީހުން އެބުރިއައުންވަނީ ތިމަންރަސްކަލާނގެ حَضْرَةُ އަށެވެ.

  332. 88:26

    ثُمَّ إِنَّ عَلَيْنَا حِسَابَهُم

    S̤umma ʹinna ʻalaynaa ḥisaabahum.

    ދެން އަދިއެމީހުންގެ ހިސާބު ބެއްލެވުންވެސް އޮންނާނީ ހަމަތިމަން ރަސްކަލާނގެއަށެވެ.

  333. Surah Al-FajrBegins here at 89:1

  334. 89:1

    وَٱلْفَجْرِ

    Wal-Fajr;

    ފަތިސްވަގުތު ގަންދެއްވައި الله ހުވައި وَحيކުރައްވައެވެ.

  335. 89:2

    وَلَيَالٍ عَشْرٍ

    Wa-Layaalin ʻashr;

    حَجُّ މަހުގެފުރަތަމަ ދިހަރޭ ގަންދެއްވައި الله ހުވައި وَحيކުރައްވައެވެ.

  336. 89:3

    وَٱلشَّفْعِ وَٱلْوَتْرِ

    Wash-Shafʻi wal-watr;

    ޖޯޑުޖޯޑަށްވާ ކޮންމެއެއްޗަކާއި އަދި ބިޖޯޑަށްވާކޮންމެއެއްޗަކާއި ގަންދެއްވައި الله ހުވައި وَحيކުރައްވައެވެ

  337. 89:4

    وَٱلَّيْلِ إِذَا يَسْرِ

    Wallayli ʹiẓaa yasr;

    އަދި ވޭތިވެގެންދާ ރޭގަނޑު ގަންދެއްވައި الله ހުވައި وَحيކުރައްވައެވެ.

  338. 89:5

    هَلْ فِى ذَٰلِكَ قَسَمٌ لِّذِى حِجْرٍ

    Hal fee ẓaalika q̣asamul liẓee ḥijr?

    ފަހެ މިކަންކަމުގައި ބުއްދީގެ ވެރިއަކަށް ބޮޑުވެގެންވާ ހުވައެއް ނުވޭބާވައެވެ. (ވާކަން ކަށަވަރެވެ.)\n• ދަންނައެވެ. މިސޫރަތުގެ ކުރީ ހަތަރު އާޔަތުގަގައި އެވާ ހަތަރު އެއްޗަކާއިމެދު مُفَسِّرُ ންގެ ބަސްތަފާތުވެގެންވެއެވެ. އަޅުގަޑުލިޔެފައި އެވަނީ އެންމެ މަސްހޫރު ހަތަރުމާނައެވެ. وَالله أعلم.

  339. 89:6

    أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ

    ʹAlam tara kayfa faʻala Rabbuka biʻAad,―

    ފަހެ عَادُ ބާގައިގެ މީހުންނާއިމެދު ކަލޭގެފާނުންގެ رَبُّ ކަންތައްކުރެއްވީ ކޮންފަދައަކުންކަން ކަލޭގެފާނު ވިސްނާ ފިކުރު ނުކުރައްވަންތޯއެވެ؟ (އެމީހުން ނުކިޔަމަންތެރިވީ ހިދުން އެކަލާނގެ އެމީހުން ހަލާކު ކުރެއްވީއެވެ.) عَادُ ބާގައިގެމީހުންނަކީ ސަލާމު ލެއްވި هُودُ ގެފާނުންގެ ޤައުމުގެމީހުންނެވެ.

  340. 89:7

    إِرَمَ ذَاتِ ٱلْعِمَادِ

    ʹIrama Ẓaatil ʻimaad,

    އެމީހުން އުޅުނުތަނަށް ކިޔަނީ إرَمُ އެވެ. އެއީ ބޮޑެތި ތަނބު ތަނބު ޖަހައިގެން ގެއެޅިބައެކެވެ. (ނުވަތަ އެއިން މީހެއްގެ އިސްކޮޅު ތަނބެއްފަދައެވެ. އެއިން މީހެއްގައި ބާރަމުށް ހުންނަކަމުގައި ވިއެވެ.

  341. 89:8

    ٱلَّتِى لَمْ يُخْلَقْ مِثْلُهَا فِى ٱلْبِلَـٰدِ

    ʹAllatee lam yukhlaq̣ mis̤luhaa fil bilaad?

    އެފަދަވަރުގަދަ ރަށެއް އެޒަމާނުގައި އެހެންތާކު ނެތްކަމުގައި ވިއެވެ. އެފަދަމިސާލެއް އެހެން ރަށަކު ނެތްކަމުގައި ވިއެވެ. ދެންފަހެ އެމީހުންވެސް ނުކިޔަމަންތެރިވީހިދުން ﷲ އެމީހުންވެސް ހަލާކު ކުރެއްވީއެވެ. ގަދަވައެއްފޮނުއްވައި އެމީހުން ހަލާކު ކުރެއްވީއެވެ. މަރުވެދިޔައީއެވެ. އެވައި އައިސް ކޮންމެމީހަކު އެތައް އިސްކޮޅަކަށް އުފުލައި އުގުރުވަތަށް ބިމަށް ޖަހާކަމުގައި ވިއެވެ. ދެންއޮންނަނީ ކަނދުރާބިދި މަރުވެފައެވެ. والعياذ بالله.....

  342. 89:9

    وَثَمُودَ ٱلَّذِينَ جَابُوا۟ ٱلصَّخْرَ بِٱلْوَادِ

    Wa-S̤amoodal laẓeena jaabuṣ ṣakhra bil-waad?

    އަދި ثَمُودُ ބާގައިގެމީހުންނަށް ކަލޭގެފާނުންގެ رَبُّ ކަންތަށް ކުރެއްވި ގޮތާއިމެދު ވިސްނާ ފިކުރު ކޮށް ޢިބްރަތް ހާސިލު ނުކުރައްވާނޭ ތޯއެވެ؟ ثَمُودُ ބާގައިގެ މީހުންނަކީ سَلام ލެއްވި صَالح ގެ ފާނުންގެ ޤައުމުގެ މީހުންނެވެ. އެމީހުންނަކީ ފަރުބަދަ ކޮނެ ފޮފަ ނަގައިގެން ފަރުބަދައެއީ ގެދޮރު ކަމުގައި ހެދި މީހުންނެވެ. ހިލަ ކޮށައި ހެދިމީހުންނެވެ. އެއީ مَدَائن ކިޔާ ތަނެކެވެ. ގަދަފަދަ ބާރުގަދަ ބައެކެވެ. މިމީހުންވެސް ނުކިޔަމަންތެރި ވީހިދުން ﷲ ހަލާކު ކުރެއްވީއެވެ. އެމީހުންނަށް ފޮނުއްވީ ގަދަ އަޑުފަށެކެވެ. އެއަޑު ފަށްގަދަކަމުން ފިއްކެނޑިގެންގޮސް މަރުވެ ތަންޑާވީއެވެ.

  343. 89:10

    وَفِرْعَوْنَ ذِى ٱلْأَوْتَادِ

    Wa-Firʻawna ẓil ʹawtaad?

    އަދި ކަޑަތަކުގެ ވެރި فِرْعَون އާއި މެދު ﷲ ކަންތަށްކުރެއްވި ގޮތް ނުބަލަނީތޯއެވެ؟ އެޔާމެދު ފިކުރުކޮށް ޢިބުރަތް ޙާޞިލް ނުކުރަނީބާވައެވެ. فِرْعَون އަށް ކަޑަތަކުގެ ވެރި فِرْعَون އޭ ކިޔުނީ އޭނާ މީހުންމަރާއިރު ހަތަރު ކަޑަ ގެންގުޅޭކަމުގައި ވެއެވެ. ހަތަރު ކަޑަޖަހައި ހަތަރެސްފައި ހަތަރު ކަޑައަށް އައްސައި މޭމައްޗަށް ބަރު ހިލައަރުވައި މީހުންމަރާކަމުގައިވިއެވެ. އަދި އެހެން ގޮތްގޮތައްވެސް ކިޔޭކަމުގައި ވިއެވެ.

  344. 89:11

    ٱلَّذِينَ طَغَوْا۟ فِى ٱلْبِلَـٰدِ

    ʹAllaẓeena ṭag̣aw fil bilaad.

    މިބަޔާންވެދިޔަ މީސްމީހުންނާއި ޤައުމު ތަކަކީ (عَادُ ބާގައިގެ މީހުންނާއި ثَمُودُ ބާގައިގެ މީހުންނާއި فِرْعَون އާއި އޭނާގެ ޤައުމު) މިމީހުންނަކީ އެމީހުންއުޅުނު ތަންތަން ފަސާދަކޮށް ނުކިޔަމަންތެރިކަމާއި ބޮޑާކަމުގައި ހައްދު ފަހަނަޅައިގެން ދިޔަބަޔެކެވެ.

  345. 89:12

    فَأَكْثَرُوا۟ فِيهَا ٱلْفَسَادَ

    Faʹaks̤aroo fihal fasaad.

    އެމީސްމީހުން އެރަށްރަށުގައި ނުލަފާކަންތަކާއި ފަސާދަކުރުންތައް ގިނަ ކުރީއެވެ.

  346. 89:13

    فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ

    Faṣabba ʻalayhim Rabbuka sawṭa ʻaẓaab:

    ދެންފަހެ ކަލޭގެފާނުންގެ رَبُّ އެމީހުންނަށް ގަދަވެގެންވާ عَذَابُ ދެއްކެވިއެވެ.

  347. 89:14

    إِنَّ رَبَّكَ لَبِٱلْمِرْصَادِ

    ʹInna Rabbaka labilmirṣaad.

    ދެންފަހެ ކަލޭގެފާނުންގެ رَبُّ ވަނީ ކޮންމެ މީހަކު ކުރާކަމަކަށް ރަނގަޅަށް ބައްލަވާ ވޮޑިގަތުން މަތީގައެވެ. (އޭ މިތިބަ ޤުރައިޝުންނޭވެ. (މިހާރުތިބި މީސްތަކުންނޭވެ!) ބަސްނޭހީވިއްޔާ ކަލޭމެނައްވެސް ހަމަ އެފަދަގޮތެއްވެދާނެއެވެ.)

  348. 89:15

    فَأَمَّا ٱلْإِنسَـٰنُ إِذَا مَا ٱبْتَلَىٰهُ رَبُّهُۥ فَأَكْرَمَهُۥ وَنَعَّمَهُۥ فَيَقُولُ رَبِّىٓ أَكْرَمَنِ

    Faʹammal ʹiñsaanu ʹiẓaa mab talaahu Rabbuhoo faʹakramahoo wa-naʻ-ʻamah, fayaq̣oolu Rabbeee ʹakraman.

    އިންސާނާގެ ޙާލުދަންނައެވެ. އޭނާގެ رب އޭނާ إمْتِحَانُ ކުރެއްވުމައްޓަކައި އޭނާއަށްމާތްކޮށް ހިއްތަވައި އަދި نِعْمَة ދެއްވައިފިއްޔާ އޭނާބުނާނެއެވެ. އަހުރެންގެ رب އަހުރެންނަށް މާތްކޮށް ހިއްތަވައިފިއެވެ. ދެންވަރަށް ގަޔާވާނެއެވެ. • އޭނާ ހީކުރާނީ އެނާގެ ރަނގަޅުކަމުން الله އޭނާއަށް كَرَامَة ދެއްވަނީ ކަމަށެވެ. މުދަލަށްވެސް އޭނާ ޙައްޤުވާތީ އޭނައަށް ގިނަމުދަލާއި نِعْمَة ދެއްވަނީ ކަމަށެވެ. ނަމަވެސް އެއީ އެއްގޮތަކަށްވެސް އެހެންވާކަމެއްނޫނެވެ. އެއީ ހަމަ إمْتِحَانُ އެވެ. ދެންއެވަގުތު އޭނާ الله އަށް ޝުކުރު ކުރަން ހަދާންނެތިއްޖެނަމަ އޭނާފެއިލްވާނެއެވެ.

  349. 89:16

    وَأَمَّآ إِذَا مَا ٱبْتَلَىٰهُ فَقَدَرَ عَلَيْهِ رِزْقَهُۥ فَيَقُولُ رَبِّىٓ أَهَـٰنَنِ

    Wa-ʹammaaa ʹiẓaa mab talaahu faq̣adara ʻalayhi rizq̣ah, fayaq̣oolu Rabbeee ʹahaanan.

    އަދި ދަންނައެވެ. އެއިންސާނާ إمْتِحَانُ ކުރެއްވުމަށްޓަކައި އޭނާގެ رب އޭނާގެ ރިޒުޤު މަދުކުރައްވައި ދަތިކުރައްވައި ދެރަކުރައްވައިފިއްޔާ އެނާބުނާނެއެވެ. އަހުރެންގެ رب އަހުރެންނަށް އިހާނެތިކޮށް ހިއްތަވައިފިއެވެ. މިއެވެ. • ދަންނައެވެ. މިފަދަމީހުންނަކީ ތިމާމެންގެ އީމާންކަން ފުރިހަމަނޫންމީހުންނެވެ. މިހެނީ ދުނިޔޭގައި އުޅުންފަސޭހަވެ އަތްމަތި ތަނަވަސްވުމަކީ ﷲ ގެ كَرَامَة ހުރިކަމުގެދަލީލެއްނޫނެވެ. އަދި އަތްމަތިދަތިވެ ފަގީރުވުމަކީ ﷲގެ ކޯފާޔާއި ޢަޒާބުގެ ދަލީލެއް ނޫނެވެ. އެއީ ހަމައެކަނި މުއްސަނދި މީހާ ޝުކުރު ކުރޭތޯ ބެއްލެވުމާއި ފަގީރުމީހާ ކެއްތެރިވޭތޯ ބެއްލެވުމެކެވެ. އަދިވެސް އެކަލާނގެ ދެނެވޮޑިގެންވާ ކަންތައްތަކެއްވެއެވެ.

  350. 89:17

    كَلَّا ۖ بَل لَّا تُكْرِمُونَ ٱلْيَتِيمَ

    Kallaa bal laa tukrimoonal yateem.

    އިންސާނާ އެ ދެ ހާލުގައިވެސް (އެބަހީ ފަސޭހަކަމާއި އަތްމަތި ދަތިކަމުގައިވެސް) އެފަދައިން ނުބުނާ ހުށި ކަމެވެ. ކޮންމެ ޙާލަތަކީވެސް ﷲ އޭނާ ކުރަށްވާ އިމްތިޙާން އެކެވެ. އަދި ކިއެއްހެއްޔެވެ. މުދާ ގިނައިން ދެވުނު މީހުންވެސް އޭގެ ޙައްޤު ފުރިހަމައަށް އަދާ ނުކުރާ ކިތައްމެ ބައެކެވެ. މުދާދެވުނުމީހުން ޔަތިމުންނަށް ކާއެތިކޮޅު ނުދިނީމުއެވެ.

  351. 89:18

    وَلَا تَحَـٰٓضُّونَ عَلَىٰ طَعَامِ ٱلْمِسْكِينِ

    Wa-laa taḥaaaḍḍoona ʻalaa ṭaʻaamil miskeen!―

    އަދި ކާއެތިކޮޅު ދިނުމަށް މީސްތަކުންނަށް ހިއްވަރު ނުދެމުއެވެ. ތިމާމެން އަމިއްލައައްވެސް އެކަމަށް އެދުންވެރިކަމެއް ނެތީމުއެވެ.

  352. 89:19

    وَتَأْكُلُونَ ٱلتُّرَاثَ أَكْلًا لَّمًّا

    Wa-taʹkuloonat Turaas̤a ʹaklal lammaa,

    ތިޔަބައި މީހުން ވާރުތަމުދާތައް އަތުވިގޮތަކުން ކަނީއެވެ. ކުޑަކުދިންނާ އަންހެނުންގެ މުދާވެސް އެމީހުންނަށް ނުދީ ކަނީއެވެ. ޔަތީމުންނާއި ނިކަމެތިންގެ މުދާވެސް ކަނީއެވެ. މިއީ އިސްލާމްދީން އައުމުގެ ކުރިން ކަންތައް ކުރަމުން އައި ގޮތެވެ. ކުޑަކުދިންނަށް ޔަތީމުންނަށް އަންހެނުންނަށް ވާރުތަވުމެއް ނޯވެއެވެ. އެހުރިހާ މުދާކައިހަދިނީ ބޮޑެތި ފިރިހެނުންނެވެ.

  353. 89:20

    وَتُحِبُّونَ ٱلْمَالَ حُبًّا جَمًّا

    Wa-tuḥibboonal maala ḥubbañ jammaa.

    އަދި ތިޔަބައިމީހުން މުދަލަށް ލޯބިކުރަނީ މާ ބޮޑަށެވެ.

  354. 89:21

    كَلَّآ إِذَا دُكَّتِ ٱلْأَرْضُ دَكًّا دَكًّا

    Kallaaa ʹiẓaa dukkatil ʹarḍu dakkañ dakkaa,

    އެއްގޮތަކަށްވެސް އެފަދައިން ލޯބިކުރުން އެކަށީގެން ނުވެއެވެ. (ޤިޔާމަތްވުމަށް) ބިންގަނޑު ތެޅިގަނެ ޒަލްޒަލާ އައިސް ގަދަވެގެންވާ ޙަރަކާތަކުން ބިންގަނޑު ޙަރަކާތްކޮށް

  355. 89:22

    وَجَآءَ رَبُّكَ وَٱلْمَلَكُ صَفًّا صَفًّا

    Wa-jaaaʹa Rabbuka wal-malaku ṣaffañ ṣaffaa,

    އަދި ކަލޭފާނު ހައްދަވާ ބޮޑުކުރެއްވި رب (އަޅުތަކުންގެ މެދުގައި ފައިސަލާ ކުރެއްވުމަށް ވޮޑިގަންނަވައި އަދި މަލާއިކަތްބޭކަލުން ސަފުސަފަށް (ސަފަކަށްފަހު ސަފެއް) ވަޑައިގެން މިކަންކަން ޤިޔާމަތް ދުވަހުންވާނެއެވެ. (އެދުވަހަށް ވިސްނާށެވެ.)

  356. 89:23

    وَجِا۟ىٓءَ يَوْمَئِذٍۭ بِجَهَنَّمَ ۚ يَوْمَئِذٍ يَتَذَكَّرُ ٱلْإِنسَـٰنُ وَأَنَّىٰ لَهُ ٱلذِّكْرَىٰ

    Wa-jeeeʹa Yawmaʹiẓim bi-Jahannam, Yawmaʹiẓiñy yataẓakkarul ʹiñsaanu wa-ʹannaa lahuẓ ẓikraa?

    ނަރަކަ އެދުވަހުން ގެނެވޭނެއެވެ. ދެން އެދުވަހުން އިންސާނާ- އެބަހީ ކާފަރު އިންސާނާ ހަނދާން ކުރާނެއެވެ. އޭނާ ދުނިޔޭގައި ކުރި ނުލަފާކަންތައްތައް ހަނދާންވާނެއެވެ. އެކަމަކު ދެން މިއަދު އެކަންކަން ހަނދާންވުމުން އޮތީ ކޮން ފައިދާއެއްހެއްޔެވެ؟ ކުރިމަތީގައި އޮތީ ގަދަ ޢަޒާބެވެ.

  357. 89:24

    يَقُولُ يَـٰلَيْتَنِى قَدَّمْتُ لِحَيَاتِى

    Yaq̣oolu yaa-laytanee q̣addamtu li-Ḥayaatee!

    އަދި އެހިނދު އޭނާ ބުނާނެއެވެ. އަހުރެންގެ މިޙަޔާތަށް ހެޔޮ ޢަމަލު އިސްކުރެވުނުނަމަ ކޮންފަދަ ރަނގަޅު ހެއްޔެވެ. (އެކަމަކު ދެން ހަމަ ހުސް ނަމަ އެވެ.)

  358. 89:25

    فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُۥٓ أَحَدٌ

    Fa-Yawmaʹiẓil laa yuʻaẓẓibu ʻAẓaabahooo ʹaḥad,

    ފަހެއެދުވަހުން އެކަލާނގެ ޢަޒާބު ދެއްވާވަރަށް ހަމައެކަކަށްވެސް ޢަޒާބު ނުދެއްވޭނެއެވެ. ޢަޒާބު އެހާ ގަދަވާނެއެވެ

  359. 89:26

    وَلَا يُوثِقُ وَثَاقَهُۥٓ أَحَدٌ

    Wa-laa yoos̤iq̣u wa-s̤aaq̣ahooo ʹaḥad.

    (އަދި ޗޭނުންނާއި ހިލިހިލާއިން ކާފަރުންތައް) އެކަލާނގެ ބަންނަވާ ވަރަކަށް ހަމައެކަކަށްވެސް ނުބަނދެވޭނެއެވެ. (އެވަރަށް ބަންނަވާނެއެވެ.)

  360. 89:27

    يَـٰٓأَيَّتُهَا ٱلنَّفْسُ ٱلْمُطْمَئِنَّةُ

    Yaaaʹayyatuhan Nafsul muṭmaʹinnah!

    ،(28) މާތްވެގެންވާމުއުމިނުންނަށް قِيَامَة ދުވަހުން ނިދާއިއްވޭނެއެވެ. އީމާންކަމާއި تَوْحِيْد ގެނޫރުން އަލިވެ އުޖާލާވެގެންވާ ނަފުސުގެ ވެރިޔާއެވެ. ﷲ ދެއްވި ގިނަގުނަ ސަވާބާއި ދަރުމަ އަށް ރުހިގެންވާ ޙާލު އަދި އެކަލާނގެ ތިބާއަށް ރުހިވޮޑިގެންވާ ޙާލު ތިބާގެ رب ގެ حَضرَة އަށް އެނބުރި އަންނާށެވެ.

  361. 89:28

    ٱرْجِعِىٓ إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً

    ʹIrjiʻeee ʹilaa Rabbiki raaḍiyatam marḍiyyah!

    ،(28) މާތްވެގެންވާމުއުމިނުންނަށް قِيَامَة ދުވަހުން ނިދާއިއްވޭނެއެވެ. އީމާންކަމާއި تَوْحِيْد ގެނޫރުން އަލިވެ އުޖާލާވެގެންވާ ނަފުސުގެ ވެރިޔާއެވެ. ﷲ ދެއްވި ގިނަގުނަ ސަވާބާއި ދަރުމަ އަށް ރުހިގެންވާ ޙާލު އަދި އެކަލާނގެ ތިބާއަށް ރުހިވޮޑިގެންވާ ޙާލު ތިބާގެ رب ގެ حَضرَة އަށް އެނބުރި އަންނާށެވެ.

  362. 89:29

    فَٱدْخُلِى فِى عِبَـٰدِى

    Fadkhulee fee ʻIbaadee!

    (އަދިވެސް އެކަލާނގެ އަންގަވާނެއެވެ.) ތިމަންރަސްކަލާނގެ صَالِحُ تَقْوَى ވެރި އަޅުންގެތެރެއަށް ވަންނާށެވެ.

  363. 89:30

    وَٱدْخُلِى جَنَّتِى

    Wadkhulee Jannatee!

    އަދި ތިމަންރަސްކަލާނގެ ސުވަރުގެއަށް ވަންނާށެވެ.

  364. Surah Al-BaladBegins here at 90:1

  365. 90:1

    لَآ أُقْسِمُ بِهَـٰذَا ٱلْبَلَدِ

    Laaa ʹuq̣simu bihaaẓal Balad;

    މި މައްކާ ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރަށްވަމެވެ.

  366. 90:2

    وَأَنتَ حِلٌّۢ بِهَـٰذَا ٱلْبَلَدِ

    Wa-ʹañta ḥillum bihaaẓal Balad;

    (އޭ رَسُولُ الله!) ކަލޭގެ ފާނަށް އެރަށް ޙަލާލު ވެގެންވެއެވެ. (އެބަހީ الله ހުއްދަ ކޮށްދެއްވި ކުޑަވަގުތު ކޮޅެއްގައި ހަނގުރާމަކޮށް ޤަތުލުކުރުން ކަލޭގެފާނަށް ޙަލާލު ވެގެންވެއެވެ. އެއީ މައްކާ ފަތަޙަ ކުރެއްވިދުވަހު ހުއްދަވި ކުޑަވަގުތު ކޮޅެއްކަމުގައި ވާރިދުވެގެން އައިސްފައިވެއެވެ. ދެން އޭގެފަހުގައި އަލުންވެސް ކުރިން އޮތްފަދައިން حُرْمَة ތެރި ރަށެއްކަމުގައި އެރަށް ވެއްޖެއެވެ. وَالله أعلم)

  367. 90:3

    وَوَالِدٍ وَمَا وَلَدَ

    Wa-Waalidiñw Wamaa Walad;

    އަދި އާދަމްގެ ދަރިންކުރެ ކޮންމެ ބައްޕަޔަކާއި އަދި އޭނާޔަށް ލިބުނު ދަރިން ގަންދެއްވައި ހުވައި وحي ކުރަށްވަމެވެ. މި ދެހުވައިގެ ޖަވާބަކީ

  368. 90:4

    لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِى كَبَدٍ

    Laq̣ad khalaq̣nal ʹiñsaana fee kabad.

    ހަމަކަށަވަރުން އިންސާނާ ތިމަންރަސްކަލާނގެ ހެއްދެވީ އުނދަގުލާއި ބުރަ އުފުލާ މީހެއްގެ ގޮތުގައެވެ.

  369. 90:5

    أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ

    ʹAyaḥsabu ʹal lañy yaq̣dira ʻalayhi ʹaḥad?

    އަދި އެއްވެސް މީހަކު އޭނާގެ މައްޗަށް ކުޅަދާނަ ނުވާނެކަމަށް އެއިންސާނާ ހީކުރަނީހެއްޔެވެ؟ (އެބަހީ އޭނާ ކިތަންމެ ފާފައެއް ކޮށް އުޅޭނެގޮތަކަށް އުޅުނަސް އޭނާޔަށް ޢަޒާބެއްދީ ބަދަލު ހިފޭނެމީހަކު ނެތްކަމަށް އޭނާ ހީކުރަނީހެއްޔެވެ؟)

  370. 90:6

    يَقُولُ أَهْلَكْتُ مَالًا لُّبَدًا

    Yaq̣oolu ʹahlaktu maalal lubadaa!

    އަދި އޭނާ ބުނެއެވެ. (އިސްލާމްދީނާއި رسول ﷺ އާއި ޢަދާވާތް ތެރި ވުމުގައި) އަހުރެން އެތައްބައިވަރު ގިނަ ޢަދަދެއްގެ މުދާ ހޭދަކޮށް ހަލާކު ކޮށްފީމެވެ.

  371. 90:7

    أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ

    ʹAyaḥsabu ʹal lam yarahooo ʹaḥad?

    އަޅެފަހެ އޭނާޔާއި އޭނާ ކުރާ ކަންތައް އެކަކުވެސް ނުދެކޭނެކަމަށް އޭނާ ހީކުރަނީހެއްޔެވެ؟ (އެހެންނުވާނެއެވެ. ﷲ އޭނާގެ ހުރިހާކަމެއް ދެނެވޮޑިގެންވެއެވެ.)

  372. 90:8

    أَلَمْ نَجْعَل لَّهُۥ عَيْنَيْنِ

    ʹAlam najʻal lahoo ʻaynayn?―

    ފަހެ އޭނާޔަށް ތިމަންރަސްކަލާނގެ ދެލޯ ނުދެއްވަންހެއްޔެވެ؟ (އެބަހީ ދެއްވީމެވެ.)

  373. 90:9

    وَلِسَانًا وَشَفَتَيْنِ

    Wa-lisaanañw Washafatayn?―

    އަދި ދުލަކާއި ދެ ތުންފަތްވެސް ނުދެއްވަންހެއްޔެވެ؟ (އެބަހީ ދެއްވީމެވެ.)

  374. 90:10

    وَهَدَيْنَـٰهُ ٱلنَّجْدَيْنِ

    Wa-hadaynaahun najdayn?

    އަދި ތިމަންރަސްކަލާނގެ އޭނައަށް ދެމަގު ދެއްކެވީމެވެ. އެއީ ހެޔޮމަގާއި ނުބައި މަގެވެ. އޭނާ ބޭނުންމަގެއް އިޚްތިޔަރު ކުރާށެވެ.\nދަންނައެވެ. މިތާ މި ސިފަވެގެންދާ މީހަކީ أَبُو الأَشدين ކިޔާ ކާފަރެއް ކަމުގައި ވެއެވެ. އެއީ އިސްލާމްދީނަށާއި رسول ﷺ އަށް ވަރަށް ޢަދާވަތްތެރި މީހެއްކަމުގައި ވިއެވެ. އެ ޢަދާވަތްތެރި ކަން ގަދަކުރުމަށް ގިނަ މުދާތައްވެސް އޭނާ ހޭދަކުރި ކަމުގައި ވެއެވެ. تفسير (أيسر التفاسير)

  375. 90:11

    فَلَا ٱقْتَحَمَ ٱلْعَقَبَةَ

    Falaq̣ taḥamal ʻaq̣abah.

    ފަހެ އޭނާ عَقَبة ފަހަނައަޅައި ނުދެއެވެ. ނުވަތަ އެނާ عقبة ފަހަނައަޅައިދާނެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ. (އެބަހީ އޭނާގެ އެ ގިނަ މުދަލުން ހޭދަކޮށްގެން عقبة ފަހަނައަޅައި ދިޔަނަމަ ކިހާ ރަނގަޅުހެއްޔެވެ؟ އެ أبو الأَشدين އެހުރިހާ މުދާ عقبة ފަހަނައަޅައި ދިއުމަށް ބޭނުންކުރިނަމަ ކިހާ ރަނގަޅު ހެއްޔެވެ؟

  376. 90:12

    وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ

    Wa-maaa ʹadraaka mal ʻaq̣abah?―

    އަދި عقبة އެއީ ކޮން އެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއް ހެއްޔެވެ؟

  377. 90:13

    فَكُّ رَقَبَةٍ

    Fakku raq̣abah.

    އެއީ އަޅުން މިނިވަންކުރުމެވެ.

  378. 90:14

    أَوْ إِطْعَـٰمٌ فِى يَوْمٍ ذِى مَسْغَبَةٍ

    ʹAw ʹiṭʻaamuñ fee yawmiñ ẓee masg̣abah,

    ނުވަތަ ބަނޑުހައި ހޫނުކަމުގައި ވާމީހާއަށް ކާއެތިކޮޅު ފޯރުކޮށްދިނުމެވެ. ކާން ދިނުމެވެ.

  379. 90:15

    يَتِيمًا ذَا مَقْرَبَةٍ

    Yateemañ ẓaa maq̣rabah,

    އެބަހީ ގާތްތިމާގެ ޔަތީމްއަށް (ކާއެތިކޮޅު ދިނުމެވެ.)

  380. 90:16

    أَوْ مِسْكِينًا ذَا مَتْرَبَةٍ

    ʹAw miskeenañ ẓaa matrabah.

    ނުވަތަ ވެލީގެވެރި މިސްކީނަކަށް ކާއެތިކޮޅު ދިނުމެވެ. (އެބަހީ ފަޤީރުކަމުން ވެލިނޫން އެހެންއެއްޗެއްނެތް ނުވަތަ ބިންމަތީ އޮށޯވެ އޮތުމުގެ ސަބަބުން ވެލި ހޭކިފައިވާ ގެއެއްދޮރެއް ކާއެތިކޮޅެއް ފޭރާމެއް ނެތް މިސްކީނަކަށް ކާއެތިކޮޅު ދިނުމެވެ.) (عَقبة އަކީ މިކަންކަމެވެ.)

  381. 90:17

    ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ

    S̤umma kaana minal laẓeena ʹaamanoo wa-tawaaṣaw biṣṣabri wa-tawaaṣaw bil-Marḥamah.

    އަދި އެފަދަ ހެޔޮކަންތައްކުރާމީހާ އީމާންވެގެންވާ މީހުންގެތެރެއިން ވުމާއެކު ކެއްތެރި ވުމުގެ މައްޗަށް އެކަކު އަނެކަކަށް ވަޞިތްޔަ ކޮށް ހެދި މީހަކު ކަމުގައި ވެއެވެ. އަދި އެކަކު އަނެކަކުގެ މައްޗަށް ރަޙްމަތް ބެހެއްޓުމަށްވެސް ވަޞިތްޔަތް ކުރާމީހަކު ކަމުގައި އޭނާވެއެވެ.

  382. 90:18

    أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْمَيْمَنَةِ

    ʹUlaaaʹika ʹAṣḥaabul Maymanah.

    އެފަދަ އެފަދަ މީހުން ދަންނައެވެ. އެމީހުންނަކީ ކަނާތްފަރާތުގެ އެކުވެރިންނެވެ. ނުވަތަ އެމީހުންނީ ޤިޔާމަތް ދުވަހުން އެމީހުންގެ ޢަމަލުގެ ފަތް ކަނާތައްލިބޭނެ ރަނގަޅު މީހުންނެވެ.

  383. 90:19

    وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِنَا هُمْ أَصْحَـٰبُ ٱلْمَشْـَٔمَةِ

    Wallaẓeena kafaroo biʹAayaatinaa hum ʹAṣḥaabul mashʹamah.

    އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފަރުވީ މީސްތަކުން ދަންނައެވެ. އެމީހުންނަކީ ވައަތްފަރާތުގެ އެކުވެރިންނެވެ. ނުވަތަ އެމީހުންނީ ޤިޔާމަތް ދުވަހުން އެމީހުންގެ ޢަމަލުގެ ފަތް ވައަތްފަރާތުން ލިބޭނެ މީހުންވެ.

  384. 90:20

    عَلَيْهِمْ نَارٌ مُّؤْصَدَةٌۢ

    ʻAlayhim Naarum muʹṣadah.

    އެމީހުންނަށް ހުންނަހުށީ ބަންދުވެ ތަޅުލެވިގެންވާ ޢަޒާބެވެ. (އެފަދަ ކޮންމެ މީހަކު ޖަހަންނަމައިގެ ވަކިތާކަށްލެވި ވަކިން ބަންދު ކުރެވޭނެކަމުގައި ރިވާވެގެން ވެއެވެ.

  385. Surah Ash-ShamsBegins here at 91:1

  386. 91:1

    وَٱلشَّمْسِ وَضُحَىٰهَا

    Wash-Shamsi wa-ḍuḥaa-haa;

    އިރާއި އަދި އޭގެ އަލިކަން ގަންދެއްވައި ﷲ ހުވައި وَحي ކުރަށްވައެވެ.

  387. 91:2

    وَٱلْقَمَرِ إِذَا تَلَىٰهَا

    Wal-Q̣amari ʹiẓaa talaaha;

    ހަނދު ބޮޑުވެ ވަށްވެ އިރުފަދައިން އަލިކަމުގައި ތަބާ ވެއްޖެއްޔާއި އެ ހަނދު ގަންދެއްވައި ﷲ ހުވައި وَحي ކުރަށްވައެވެ.

  388. 91:3

    وَٱلنَّهَارِ إِذَا جَلَّىٰهَا

    Wan-Nahaari ʹiẓaa jallaahaa,

    އަދި ދުވާލު އަލިވެއްޖެއްޔާ އެދުވާލު ގަންދެއްވައި ﷲ ހުވައި وَحي ކުރަށްވައެވެ.

  389. 91:4

    وَٱلَّيْلِ إِذَا يَغْشَىٰهَا

    Wal-Layli ʹiẓaa yag̣shaahaa;

    އަދި ރޭގަނޑު އަނދިރި ވެއްޖެއްޔާ އެ ރޭގަނޑު ގަންދެއްވައި ﷲ ހުވައި وَحي ކުރަށްވައެވެ.

  390. 91:5

    وَٱلسَّمَآءِ وَمَا بَنَىٰهَا

    Wassamaaaʹi wa-maa banaahaa;

    އަދި އުޑާއި އެތާނގައި ﷲ ބިނާކުރައްވާފައިވާހާ ތަކެއްޗާއި ގަންދެއްވައި ﷲ ހުވައި وَحي ކުރަށްވައެވެ.

  391. 91:6

    وَٱلْأَرْضِ وَمَا طَحَىٰهَا

    Wal-ʹArḍi wa-maa ṭaḥaahaa;

    ބިމާއި އަދި ބިމުގައި ﷲ ފަތުރުއްވާފައިވާހާ ތަނަކާއި ގަންދެއްވައި ﷲ ހުވައި وَحي ކުރަށްވައެވެ.

  392. 91:7

    وَنَفْسٍ وَمَا سَوَّىٰهَا

    Wa-nafsiñw Wamaa sawwaahaa;

    އަދި ނަފްސާއި ނަފްސުގައި ﷲ ލައްވައި ތަރުކީބު ކުރައްވާ ބަރާބަރު ކުރައްވާފައިވާހާ ގުނަވަނަކާއި ގަންދެއްވައި ﷲ ހުވައި وَحي ކުރަށްވައެވެ.

  393. 91:8

    فَأَلْهَمَهَا فُجُورَهَا وَتَقْوَىٰهَا

    Faʹalhamahaa fujoorahaa wa-taq̣waahaa;―

    ފަހެ އެކަލާނގެ އެ ނަފްސަށް އެނަފްސުގެ ނުބައިކަމާއި ރަނގަޅުކަން އަންގަވައިދެއްވިއެވެ. އެބަހީ އެ ނަފްސަށް ނުބައިމަގާއި ހެޔޮމަގު އަންގަވައި ދެއްވިއެވެ. ދަންނައެވެ. އިސްވެދިޔަ ހުރިހާތަކެއްޗެއް ގަންދެއްވައި ﷲ ކުރެއްވި ހުވައިގެ ޖަވާބަކާއި މެދު މުފައްސިރުން ބަސްތަފާތެވެ. ބައެއްބޭކަލުން ވިދާޅުވަނީ ޖަވާބު حَذْف ވެފައިވާ ކަމަށެވެ. (ވަންހަނާވެފައިވާކަމަށެވެ.) އޭގެ ޖަވާބަކީ ހަމަކަށަވަރުން ކަލޭމެން މަރުވުމަށްފަހު މަޙްޝަރަށް ފޮނުވޭނެއެވެ. މިއެވެ. އަނެއްބައި ބޭކަލުން ވިދާޅުވަނީ އެ ހުވައިގެ ޖަވާބަކީ قَدْ أَفْلَحَ مَن زَكَّاهَا وَقَدْ خَابَ مَن دَسَّاهَا މި އާޔަތް ކަމަށެވެ. (މި ޖަވާބު އާޔަތުގެ سِيَاقُ އާއި ގާތްކަން ބޮޑެވެ. والله أعلم.

  394. 91:9

    قَدْ أَفْلَحَ مَن زَكَّىٰهَا

    Q̣ad ʹaflaḥa mañ zakkaahaa,

    ހަމަކަށަވަރުން ނަފުސު طَاهِرُކޮށް ޝިރުކާއި ފާފައިން ދުރުކޮށްފިމީހާ ކާމިޔާބުވެ ސަލާމަތް ވެއްޖެއެވެ.

  395. 91:10

    وَقَدْ خَابَ مَن دَسَّىٰهَا

    Wa-q̣ad khaaba mañ dassaahaa.

    އަދި އެނަފުސު މަގުފުރައްދައި ހަލާކުކޮށް ވާވެއްދިމީހާ ހަމަކަށަވަރުން ގެއްލި ހަލާކުވެއްޖެއެވެ.

  396. 91:11

    كَذَّبَتْ ثَمُودُ بِطَغْوَىٰهَآ

    Kaẓẓabat S̤amoodu biṭag̣waahaa.

    ثَمُودُ ބާގައިގެމީހުން އެމީހުން ނުކިޔަމަންތެރިކަމުގައި ހައްދުފަހަނައަޅައި ގަތުމުގެސަބަބުން އެމީހުންގެ ރަސޫލު (صَالِحُ عَلَيْهِ السلام) ގެ ރަސޫލުކަން އެމީހުން ދޮގުކޮށްފިއެވެ. ނުވަތަ އެމީހުން އީމާން ނުވިނަމަ އެމީހުންނަށް އަތުވެދާނޭކަމަށް ވިދާޅުވި ޢަޒާބު އެމީހުންދޮގު ކޮށްފިއެވެ.

  397. 91:12

    إِذِ ٱنۢبَعَثَ أَشْقَىٰهَا

    ʹIẓim baʻas̤a ʹashq̣aahaa,

    އެއީ އެމީހުންގެ އެންމެނުބައި އަދިއެންމެ އަބާއްޖަވެރިޔާ (قَدَارُ بْنُ سَالِفُ) ﷲ ގެ ޖަމަލުކޮޅު މެރުމަށް ތެދުވެ ޤާއިމުވީހިދުންނެވެ. ނުވަތަ އެމީހުން އެނާފޮނުވި ހިދުންނެވެ.

  398. 91:13

    فَقَالَ لَهُمْ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقْيَـٰهَا

    Faq̣aala lahum Rasoolul laahi Naaq̣atal laahi wa-suq̣yaahaa!

    އަދި އެމީހުންނަށް އެމީހުންގެ ރަސޫލު (صَالِحُ عَلَيْهِ السلام) ވިދާޚުވިއެވެ. ކަލޭމެން ﷲ ގެ ޖަމަލުފުޅަށް ގޯނާއެއްނުކޮށް އޭތިއުޅެން އެތިދޫކޮށްލާށެވެ. އަދި އެތިބޯނެވަރަކަށް ފެންބޯން އޭތިދޫކޮށްލާށެވެ.

  399. 91:14

    فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنۢبِهِمْ فَسَوَّىٰهَا

    Fakaẓẓaboohu faʻaq̣aroohaa. Fadamdama ʻalayhim Rabbuhum̃ biẓambihim fasawwaahaa!

    ދެންފަހެ އެމީހުން އެކަލޭގެފާނުންގެ ބަސްފުޅު ދޮގުކޮށްފިއެވެ. އަދިއެޖަމަލުކޮޅުގެ މޮއްގަޑުތައް ކަޑައި އެތި މަރައިފިއެވެ. އެކަންކުރީ އެނމެންމެބައިވެގެންވާމީހާ قَدَّارُ بْنُ سَالِف ކިޔާ އަބާއްޖަވެރިޔާއެވެ. ދެންފަހެ އެމީހުންގެމައްޗަށް ﷲ ގެ ޢަޒާބު އަތުވެއްޖެއެވެ. އެއީ އެމީހުންގެ ނުކިޔަމަންތެރިކަމާއި ފާފައިގެ ސަބަބުންނެވެ. އަދި އެޢަޒާބު އެމީހުންގެ މައްޗަށް ޢާއްމުކުރައްވައިފިއެވެ. އެއީގަދަވެގެންވާ އަޑުފަށްގަޑެކެވެ. އެއަޑަށް އެންމެން ބިރުންފިއްކެޑި މަރުވެ ތަންޑާވީއެވެ.

  400. 91:15

    وَلَا يَخَافُ عُقْبَـٰهَا

    Wa-laa yakhaafu ʻuq̣baahaa.

    އަދި الله އެކަންކުރެއްވީ ފަހަތުންބަޔަކު އައިސް އެކަމުގެބަދަލު ހިފައިފާނެކަމުގެ އެއްވެސްގޮތަކުން ބިރުވެތިވެ ވެވޮޑިގަތުމަކާއި ނުލައެވެ. (ބަދަލުހިފޭނީކާކަށްހެއްޔެވެ؟)

  401. Surah Al-LaylBegins here at 92:1

  402. 92:1

    وَٱلَّيْلِ إِذَا يَغْشَىٰ

    Wal-Layli ʹiẓaa yag̣shaa;

    ރޭގަނޑު އަނދިރިވެއްޖެއްޔާ ރޭގަނޑު ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.

  403. 92:2

    وَٱلنَّهَارِ إِذَا تَجَلَّىٰ

    Wan-Nahaari ʹiẓaa tajallaa;

    ދުވާލު އަލިވެ އުޖާލާ ވެއްޖެއްޔާ ދުވާލުގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.

  404. 92:3

    وَمَا خَلَقَ ٱلذَّكَرَ وَٱلْأُنثَىٰٓ

    Wa-maa khalaq̣aẓ ẓakara wal-ʹuñs̤aaa;

    އަދި ފިރިހެން އަންހެން ދެޖިންސު ހެއްދެވި ޛާތުފުޅު އެބަހީ ﷲ ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ. ނުވަ އަންހެން ފިރިހެން ދެޖިންސު ގަންދެއްވައިﷲ ހުވައި ވަޙީ ކުރައްވައެވެ. އެހުވައިގެ ޖަވާބަކީ:-

  405. 92:4

    إِنَّ سَعْيَكُمْ لَشَتَّىٰ

    ʹInna saʻyakum lashattaa.

    ހަމަކަށަވަރުން ތިޔަބައިމީހުންގެ ޢަމަލުތައް ތަފާތުވެގެންވެއެވެ. ސުވަރުގެ ވަންތަވެރި ޢަމަލާއި ނަރަކަވަންތަވެރިކަމުގެ ޢަމަލާއެވެ.

  406. 92:5

    فَأَمَّا مَنْ أَعْطَىٰ وَٱتَّقَىٰ

    Faʹammaa man ʹaʻṭaa wattaq̣aa,―

    ފަހެ ތިމާގެ މުދާ ހެޔޮގޮތުގައި ހޭދަކޮށް ޞަދަޤާތް ކޮށް އަދި އެޔާއެކު އޭނާ تَقْوَى ވެރިވެ.

  407. 92:6

    وَصَدَّقَ بِٱلْحُسْنَىٰ

    Wa-ṣaddaq̣a bil-Ḥusnaa,―

    އަދި އޭނާއެހޭދަކުރި މުދަލުގެ ސަވާބު الله ދެއްވާނެކަމަށް ތެދުކޮށް ޔަޤީން ކޮށް ނުވަތަ لاإلَه إلاَّ الله ތެދުކޮށް ނުވަތަ ސުވަރުގެ ދެއްވާނެކަމުގައި ތެދުކޮށް ހެދިމީހާ ދަންނައެވެ،

  408. 92:7

    فَسَنُيَسِّرُهُۥ لِلْيُسْرَىٰ

    Fasanuyassiruhoo lil-Yusraa.

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ އޭނާ އަށް އިސްލާމުދީންނަށް އުޅުން ފަސޭހަކޮށްދެއްވާހުށީމެވެ. ނުވަތަ ސުވަރުގެއަށް ދެވޭނެގޮތް ފަސޭކޮށްދެއްވާހުށީމެވެ.

  409. 92:8

    وَأَمَّا مَنۢ بَخِلَ وَٱسْتَغْنَىٰ

    Wa-ʹammaa mam bakhila wastag̣naa,

    އަދި ތިމާ މުދަލަށް ދަހިވެތިވެ ހެޔޮގޮތުގައި މުދާހޭދަނުކޮށް بَخِيْلُ ވެ އަދި آخِرَة ގެ ދަރުމަޔާއި ސަވާބު ފިޔަވައި ދުނިޔޭގެ އަރާމާއި މަޖަލަށް ފުދިގެންފިމީހާ

  410. 92:9

    وَكَذَّبَ بِٱلْحُسْنَىٰ

    Wa-kaẓẓaba bil-Ḥusnaa,―

    އަދިއޭނާގެމުދާ ހެޔޮގޮތުގައި ހޭދަކުރީމާ އޭގެދަރުމަޔާއި ސަވާބުދެއްވާނެކަމަށް ތެދުނުކޮށް އެކަންދޮގުކޮށް ނުވަތަ لاإلَه إلاَّ الله ތެދުނުކޮށް ނުވަތަ ސުވަރުގެ ދެއްވާނެކަމުގައި ތެދުކޮށް ނުހެދިމީހާ ދަންނައެވެ،

  411. 92:10

    فَسَنُيَسِّرُهُۥ لِلْعُسْرَىٰ

    Fasanuyassiruhoo lilʻusraa;

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ އޭނާއަށް ހެޔޮކަންތައްކުރުމުގެ މަގުދަތިކޮށް އުދަގޫކޮށްލާ ހުށީމެވެ.

  412. 92:11

    وَمَا يُغْنِى عَنْهُ مَالُهُۥٓ إِذَا تَرَدَّىٰٓ

    Wa-maa yug̣nee ʻanhu maaluhooo ʹiẓaa taraddaa.

    އަދި އެފަދަ ނުލަފާމީހުން ހަލާކުގެތެރެއަށް ވެއްޓިއްޖެއްޔާ އެބަހީ އޭނާ ނަރަކައަށް ލެވިއްޖެއްޔާ އެނާގެމުދާ އޭނާއަށް އެއްވެސްކަމެއް ފުއްދައެއްނުދޭނެއެވެ. އޭނާގެ މުދަލުގެ އެއްވެސް ފައިދާއެއް އޭނާއަކަށް ނުކުރާނެއެވެ.

  413. 92:12

    إِنَّ عَلَيْنَا لَلْهُدَىٰ

    ʹInna ʻalaynaa lal-hudaa,

    ހަމަކަށަވަރުން ތެދުމަގު ބަޔާންކޮށްދެއްވުމަކީ ތިމަންރަސްކަލާންގެއަށް އޮތްކަމެކެވެ. (އެބަހީ ހެޔޮމަގާއި ނުބައިމަގު ބަޔާންކޮށްދިނުމަކީ ތިމަންރަސްކަލާނގެ ކަމެކެވެ.

  414. 92:13

    وَإِنَّ لَنَا لَلْـَٔاخِرَةَ وَٱلْأُولَىٰ

    Wa-ʹinna lanaa lal-ʹAakhirata wal-ʹOolaa.

    އަދި ހަމަކަށަވަރުން ދުނިޔެއާއި آخِرَة خَاصَّ ވެގެންވަނީ ތިމަންރަސްކަލާނގެއަށެވެ. އެދެތާގައިވެސް ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަކަށް ކަންތައްގެއްދަވަމެވެ.

  415. 92:14

    فَأَنذَرْتُكُمْ نَارًا تَلَظَّىٰ

    Faʹañẓartukum Naarañ talaz̤̣z̤̣aa.

    ފަހެ قِيَامَة ދުވަހުން އަދަނއަދާނުރި ގަދަ އަލިފާނެއް ހުރިކަމުގެ ބިރުވެރި خَبَرُ ތިމަންރަސްކަލާނގެ ކަލޭމެންނަށް ދެމެވެ.

  416. 92:15

    لَا يَصْلَىٰهَآ إِلَّا ٱلْأَشْقَى

    Laa- yaṣlaahaaa ʹillal ʹashq̣aa,―

    އަބާއްޖަވެރިއަކުމެނުވީ އެއަލިފާނަށް ނުވަންނަހުއްޓެވެ.

  417. 92:16

    ٱلَّذِى كَذَّبَ وَتَوَلَّىٰ

    ʹAllaẓee kaẓẓaba wa-tawallaa.

    އެމީހުންނީ ޙައްޤު ދޮގުކޮށް އީމާންކަމާއި ކިޔަމަންތެރިކަމަށް ފުރަގަސްދިންމީހުންނެވެ.

  418. 92:17

    وَسَيُجَنَّبُهَا ٱلْأَتْقَى

    Wa-sa-yujannabuhal ʹatq̣aa,―

    އަދި تَقْوَى ވެރިމާތް މީހުން އެއަލިފާނާއި ދުރުކުރެވޭނެއެވެ. އެފަދަމީހުން އެއަލިފާނާއި ގާތްނުވާނެއެވެ.

  419. 92:18

    ٱلَّذِى يُؤْتِى مَالَهُۥ يَتَزَكَّىٰ

    ʹAllaẓee yuʹtee maalahoo yatazakkaa,

    އެ تَقْوَى ވެރިމާތް މީހަކީ ތިމާގެމުދާ ހެޔޮގޮތުގައި الله މަގުގައި ހޭދަކޮށް އަދި ޝިރުކާއި އެހެނިހެންވެސް ފާފައިން طَاهِرُ ވެގެންވާ މީހެކެވެ.

  420. 92:19

    وَمَا لِأَحَدٍ عِندَهُۥ مِن نِّعْمَةٍ تُجْزَىٰٓ

    Wa-maa liʹaḥadin ʻiñdahoo min niʻmatiñ tujzaa,

    އަދި އެއްވެސްމީހަކަށް އެމީހާކޮށްދޭ ހޭދަޔާއި صَدَقَة ގެ مُقَابِلُ ގައި އެއްވެސް ބަދަލަކަށް ނުއެދޭމީހެކެވެ.

  421. 92:20

    إِلَّا ٱبْتِغَآءَ وَجْهِ رَبِّهِ ٱلْأَعْلَىٰ

    ʹIllab tig̣aaaʹa Wajhi Rabbihil ʹAʻ-laa;

    ހަމައެކަނި صَدَقَة ގެ مُقَابِلُ ގައި އެމީހާ އެދޭހާވެސްކަމަކީ އެމީހާ ހައްދަވާ ބޮޑުކުރައްވާ މަތިވެރިމާތް رَبُّ ގެ وَجْهُ ފުޅެވެ. އެކަލާނގެ ރުހިވޮޑިގަތުމެވެ.

  422. 92:21

    وَلَسَوْفَ يَرْضَىٰ

    Wa-lasawfa yarḍaa.

    ދެންފަހެ އެމީހާގެ މަތިވެރިވެގެންވާ رَبُّ ގެ وَجْهُ ފުޅު އެދިގެން صَدَقَة ކުރިމީހާ އޭނާ ރުހޭވަރުގެ ސަވާބާއި ކަރާމާތް ނިކަންހުރެ އޭނާދެކޭނެއެވެ.\nނޯޓު: މިއާޔަތް ތަކުންސިފަވެގެންމިދާ تَقْوَى ވެރިމާތް މީހަކީ أبُو بَكْر الصِّدِّيْقُ رَضِيَ الله عَنْهُ ކަމުގައި ގިނަމުފައްސިރުން ވިދާޅުވެއެވެ. ފަހެ އެކަލޭގެފާނުންގެ މުދަލުން އެތަކެއް އަޅުންމިނިވަން ކުރައްވައި ﷲ ގެ وَجْهُ ފުޅައްޓަކައި ދޫކުރެއްވިއެވެ. ދުންޔަވީ އެއްވެސް ބޭނުންފުޅެއް އޮވެގެންނެއްނޫނެވެ. އަދި އިސްލާމީ ތާރީޚުގައި އެކަލޭގެފާނުންގެ އެބާވަތުގެ ޚިދްމަތްތަކަކީ މަޝްހޫރު އެއްޗެކެވެ. رَضِيَ الله عَنْهُ.

  423. Surah Ad-DuhaaBegins here at 93:1

  424. 93:1

    وَٱلضُّحَىٰ

    Waḍ-Ḍuḥaa,

    ضُحَى ވަގުތު ނުވަތަ މުޅި ދުވާލު ގަންދެއްވައި الله ހުވައި ވަޙީ ކުރައްވައެވެ.

  425. 93:2

    وَٱلَّيْلِ إِذَا سَجَىٰ

    Wal-Layli ʹiẓaa sajaa,―

    އަދި ރޭގަނޑު އޭގެ އަނދިރިކަމުން އެންމެހައި ތަކެތި އަދިރިކޮށް ނިވައިކޮށް ފިއްޔާ އެރޭގަނޑު ގަންދެއްވައި الله ހުވައި ވަޙީ ކުރައްވައެވެ.

  426. 93:3

    مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ

    Maa- wad-daʻaka Rabbuka wa-maa q̣alaa.

    (އޭރަސޫލު الله އެވެ.) ކަލޭގެފާނުންގެ رب ކަލޭގެފާނު ދޫކޮށްނުލައްވައެވެ. އަދި ކޯފާވެވޮޑި ނުގަންނަވައެވެ.

  427. 93:4

    وَلَلْـَٔاخِرَةُ خَيْرٌ لَّكَ مِنَ ٱلْأُولَىٰ

    Wa-lalʹAakhiratu khayrul laka minal ʹOolaa.

    އަދި ހަމަކަށަވަރުން آخِرة އެބަހީ ސުވަރުގެޔާއި އެތާނގެ ނިޢްމަތް ދުނިޔެއަށްވުރެ ކަލޭގެފާނަށް ހެޔޮވެގެންވެއެވެ.

  428. 93:5

    وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰٓ

    Walasawfa yuʻṭeeka Rabbuka fatarḍaa.

    އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ رب ކަލޭގެފާނު ރުހިވަޑައިގަންނަވާވަރަށް (ދުނިޔޭގެ فتح އާއި آخرة ގެ ثواب) ކަލޭގެފާނަށް ނިކަންހުރެ ދެއްވާނެއެވެ. އޭރުން ދެން ކަލޭގެފާނު ރުހި ވަޑައި ގަންނަވާނެއެވެ.

  429. 93:6

    أَلَمْ يَجِدْكَ يَتِيمًا فَـَٔاوَىٰ

    ʹAlam yajidka yateemañ faʹaawaa?

    ކަލޭގެފާނީ ޔަތީމަކު ކަމުގައި އެކަލާނގެ ދެކެވޮޑިގެންނެވިއެވެ. ދެންކަލޭގެ ފާނަށް ގެދޮރާއި އުޅެވޭނެ ގޮތް އެކަލާނގެ ހައްދަވައި ދެއްވިއެވެ.

  430. 93:7

    وَوَجَدَكَ ضَآلًّا فَهَدَىٰ

    Wa-wajadaka ḍaaal-lañ fahadaa.

    އަދި ކަލޭގެ ފާނީ ފުރިހަމަތެދުމަގެއް ނެތި غَافِل ވެ ވަޑައިގެންވާ ބޭކަލަކު ކަމުގައި އެކަލާނގެ ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނަށް ތެދުމަގު ދެއްކެވިއެވެ.

  431. 93:8

    وَوَجَدَكَ عَآئِلًا فَأَغْنَىٰ

    Wa-wajadaka ʻaaaʹilañ faʹag̣naa.

    އަދި ކަލޭގެ ފާނީ ފަޤީރު އަދި ދަރިން ގިނަ ބޭކަލަކު ކަމުގައި އެކަލާގެ ދެކެވޮޑިގެންނެވިއެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަދި ކުރެއްވިއެވެ. (ކަލޭގެފާނުންގެ ނަފުސުފުޅު މުއްސަދި ކުރައްވައި ކަލޭގެފާނު ރުހިވަޑައިގަންނަވާނެގޮތް ހައްދަވައިދެއްވިއެވެ.)

  432. 93:9

    فَأَمَّا ٱلْيَتِيمَ فَلَا تَقْهَرْ

    Faʹammal yateema falaa taq̣har,

    ފަހެ ޔަތީމު ކުދިންގެ މައްޗަށް ގަދަހައްދަވައި ހަރުކަށިވެ ވަޑައި ނުގަންނަވާށެވެ!

  433. 93:10

    وَأَمَّا ٱلسَّآئِلَ فَلَا تَنْهَرْ

    Wa-ʹammas saaa-ʹila falaa tanhar:

    އަދި ސަލާމުޖަހާ ނިކަމެތިންނަށް އެއްޗެތިގޮވައި އެމީހުން ފައްސައި ނުހައްދަވާށެވެ!

  434. 93:11

    وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ

    Wa-ʹammaa biniʻmati Rabbika faḥaddis̤!

    އަދި ކަލޭގެފާނުންގެ رب ކަލޭގެފާނަށް ދެއްވި نِعْمَة ތަކުގެ ވާހަކަފުޅު ދައްކަވައި އެކަން މީސްތަކުންނަށް ފާޅުކުރައްވާށެވެ! ދަންނައެވެ. نِعْمَة އަކީ ހުރިހާ نِعْمَة އެކެވެ. ނަމަވެސް އޭގެތެރެއިން އެންމެ مُقَدَّ سُ نِعْمَة އަކީ قُرْآن އެވެ، قُرْآن ކިޔަވާ ވިދާޅުވާށެވެ. ނުވަތައެ نِعْمَة އަކީ ނަބީކަމެވެ. والله أعلم.

  435. Surah Ash-SharhBegins here at 94:1

  436. 94:1

    أَلَمْ نَشْرَحْ لَكَ صَدْرَكَ

    ʹAlam nashraḥ laka ṣadrak?

    ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ މޭމަތިފުޅު ތަނަވަސް ކޮށް ނުދެއްވަންތޯއެވެ؟ އެބަހީ ތަނަވަސްކޮށްދެއްވީމެވެ.

  437. 94:2

    وَوَضَعْنَا عَنكَ وِزْرَكَ

    Wa-waḍaʻnaa ʻañka wizrak,

    އަދި ތިމަންރަސްކަލާނގެ ކަލޭގެފާނުންގެކިބައިން ކަލޭގެފާނުގެ ކުށްފާފަތައް ދުރުކުރެއްވީމެވެ. (އެބަހީ ޖާހިލިއްޔަ ޒަމާނުގައި ފާފައެއްވެފައިވާނަމަވެސް އެފާފައެއްވެސް ނަންގަވާ ދުރުކުރެއްވީމެވެ.)

  438. 94:3

    ٱلَّذِىٓ أَنقَضَ ظَهْرَكَ

    ʹAllaẓeee ʹañq̣aḍa z̤̣ahrak?―

    އެފާފަތަކަކީ ކަލޭގެފާނުންގެ ބުރަކަށިފުޅަށް ބުރަވެފައިވާ ފާފަތަކެވެ.

  439. 94:4

    وَرَفَعْنَا لَكَ ذِكْرَكَ

    Wa-rafaʻnaa laka ẓikrak?

    އަދި ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ ނަންފުޅު އުފުއްލަވައި މަތިވެރި ކުރެއްވީމެވެ. (ފަހެ އެކަލާނގެ ނަންފުޅާއި ގުޅިގެން އަބަދާއި އަބަދު އިސްލާމުން ނަށް ކިޔޭނެގޮތަށް އެކަލޭގެފާނުންގެ ނަންފުޅު އެކަލާނގެ ލެއްވިއެވެ. ކޮންމެ ވަގުތަކު ބަންގި ގޮވާއިރުވެސް އެކަލޭގެފާނުންގެ ނަންފުޅު ކިޔޭގޮތަށް ލެއްވިއެވެ. އަދި މިނޫން ގޮތްގޮތަށްވެސް އުޑާއި ބިމުގައި އެކަލޭގެފާނުންގެ ނަންފުޅު މަތިވެރި ކުރެއްވިއެވެ.)

  440. 94:5

    فَإِنَّ مَعَ ٱلْعُسْرِ يُسْرًا

    Faʹinna maʻal ʻusri yusraa:

    ހަމަކަށަވަރުން އުދަގުލާއި ދައްޗައްފަހު ފަސޭހައެކެވެ.

  441. 94:6

    إِنَّ مَعَ ٱلْعُسْرِ يُسْرًا

    ʹInna maʻal ʻusri yusraa.

    އަދި ހަމަކަށަވަރުން އުދަގުލާއި ދައްޗައްފަހު ފަސޭހައެކެވެ. (އެބަހީ ބަލިމަޑުކަމަށްފަހު ބަލިން ފަސޭހަ ވުމެވެ. ތަދުމަޑުކަމަށްފަހު ތިޔާގެ ކަމެވެ. ބިރުވެރިކަމަކަށްފަހު އަމާންކަމެވެ. ދެން މިހެންނެވެ... ދެއުދަގޫ ވިދިވިގެން ނުވެއެވެ. އެކަމަކު ދެފަސޭހަ އެއްފަހަރާ ވެއެވެ.)

  442. 94:7

    فَإِذَا فَرَغْتَ فَٱنصَبْ

    Faʹiẓaa farag̣ta fañṣab,

    (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ދުންޔަވީ މަސައްކަތްޕުޅުން ނިމިވާޑައިގެންފިއްޔާ ނުވަތަ ހަނގުރާމައިން ނިމިވަޑައި ގެންފިއްޔާ ނުވަތަ تَبْلِيْغُ ކުރެއްވުމުން ނިމިވަޑައި ގެންފިއްޔާ ދެން ނަމާދުފުޅަށް ތެދުވެ ވަޑައިގަންނަވަށެވެ. ނުވަތަ އަޅުކަން ކުރެއްވުމަށް ތެދުވެ ވަޑައިގަންނަވާށެވެ.

  443. 94:8

    وَإِلَىٰ رَبِّكَ فَٱرْغَب

    Wa-ʹilaa Rabbika far-g̣ab.

    އަދި ހަމަސީދާ ކަލޭގެފާނުންގެ رَبُّ ގެ حَضْرَةُ ން އެދިވަޑައިގަންނަވަށެވެ. ނުވަތަ އަބަދުވެސް ކަލޭގެފާނުންގެ رَبُّ އެދިވަޑައިގަންނަވާށެވެ. އެފަރާތަށް އެދުންފުޅު ބަހައްޓަވާށެވެ.

  444. Surah At-TinBegins here at 95:1

  445. 95:1

    وَٱلتِّينِ وَٱلزَّيْتُونِ

    Wat-Teeni waz-Zaytooni,

    ވައްތީނި އާއި ޒައިތޫނި ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ. (މިދެއެއްޗަކީ އިންސާނުންނަށް ނުހަނު ފައިދާހުރި ދެއެއްޗެވެ. ވަރަށްގިނަ حَكِيْمُ ންބުނާގޮތުގައި ތީނަކީ ހަށިގަޑަށް އެންމެ ފައިދާކުރާމޭވޭއެވެ. އަދި ޒައިތޫންޏަކީ ވަރަށްގިނަބައެއްގެ ކެއުމަށްބޭނުންކުރާ ބަރަކާތްތެރި އެކައްޗެވެ. އަދި އޭގެތެލަކީ އެންމެ ފައިދާބޮޑު ތެލެވެ.)

  446. 95:2

    وَطُورِ سِينِينَ

    Wa-Ṭoori Seeneena,

    އަދި طُوْرُ ފަރުބަދަ ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.

  447. 95:3

    وَهَـٰذَا ٱلْبَلَدِ ٱلْأَمِينِ

    Wa-haaẓal Baladil ʹameen,―

    އަދި އަމާންވެގެންވާ މިރަށް (އެބަހީ މައްކާ) ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.

  448. 95:4

    لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِىٓ أَحْسَنِ تَقْوِيمٍ

    Laq̣ad khalaq̣nal ʹiñsaana feee ʹaḥsani taq̣weem,

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީ އެންމެރީތި ސޫރައިގައެވެ. އެންމެރީތި ތައްގަޑަށެވެ. ގުނަވަންތައް މުނާސިބުކޮށް ރަނގަޅަށް ކޮޅަށް ހުރެވޭ ގޮތަށެވެ.

  449. 95:5

    ثُمَّ رَدَدْنَـٰهُ أَسْفَلَ سَـٰفِلِينَ

    S̤umma radadnaahu ʹasfala saafileen,―

    ދެން އަދި އެންމެ ދަށުދަރަޖައަށް ތިމަންރަސްކަލާނގެ އެނާފޮނުވީމެވެ. (أرْزَلُ العُمْر) އަށް އޭނާ ފޮނުވީމެވެ. އެބަހީ މުސްކުޅިވެވާނުވާނޭގޭ ދަރަޖައަށްއޭނާ ފޮނުވަމެވެ. ނުވަތަ އެނާނުކިޔަމަންތެރިވެއްޖެއްޔާ އޭނާ ނަރަކައަށްފޮނުވަމެވެ. މިދެތަރުޖަމާވެއެވެ.

  450. 95:6

    إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ

    ʹIl-lal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati falahum ʹajrun g̣ayru mamnoon.

    މީގެތެރެއިން އީމާންވެގެން صَالِحُ عَمِلُ ކުރިމީހުން މެނެވީ އެވެ. ފަހެ އެމީހުންނަށް ޤިޔާމަތްދުވަހުން މެދުކެޑުމެއްނުވާ ދަރުމަޔާއި ސަވާބު ހުންނަ ހުއްޓެވެ.

  451. 95:7

    فَمَا يُكَذِّبُكَ بَعْدُ بِٱلدِّينِ

    Famaa yukaẓẓibuka baʻdu bid-Deen?

    (އޭ ނުކިޔަމަންތެރި އިންސާނާއެވެ.) މިހުރިހާ ޙަޤީޤަތަކަށްފަހު ދެވަނަފަހަރަށް ދިރުއްވައި ހިސާބު ބެއްލެވުމަށާއި ޖަޒާދެއްވުމަށް ފޮނުއްވުން ކަލޭދޮގުކުރަނީ ކޮންގޮތަކުން ހެއްޔެވެ؟

  452. 95:8

    أَلَيْسَ ٱللَّهُ بِأَحْكَمِ ٱلْحَـٰكِمِينَ

    ʹAlaysal laahu biʹAḥkamil ḥaakimeen?

    އަޅެފަހެ އެންމެ عَدْلُ ވެރިކޮށް حُكُمْ ކުރައްވާ ފަރާތެއްކަމުގައި الله ނުވޭހެއްޔެވެ؟ ޝައްކެއްނެތެވެ. އެކަލާނގެއީ އެނމެ عَدْلُ ވެރިކޮށް حُكُمْ ކުރައްވާ ކަލާނގެއެވެ. ދެވަނަފަހަރު ދިރުއްވައި ޢަމަލުތަކުގެ ހިސާބު ބައްލަވައި ފުރިހަމަ ޖަޒާދެއްވުމަކީ އެކަލާނގެ عَدْلُ ވެރިކަމުގެތެރެއިންވާކަމެކެވެ.\nދަންނައެވެ. الله ހުވައި وَحِي ކުރައްވާފައިމިވާ މުހިއްމުތިންއެއްޗަކީ ތިންރަސޫލުބޭކަލުންގެ ރަސޫލުކަމަށް ކުރައްވާފައިވާ އިޝާރާތްކަމަށްވެސް މުފައްސިރުންގެ ބައެއްބޭކަލުން ވިދާޅުވެއެވެ. ތީނާއި ޒައިތޫނިގެ މަޙައްލަކީ بَيْتُ المَقْدِ س އެވެ. އެއިން އިޝާރާތްވަނީعِيْسَى عَلَيْه السلام ގެ ރަސޫލުކަމަށެވެ. އެކަލޭގެފާނުފޮނުއްވުނީ އެހިސާބަށެވެ. طُورسِيْنَا އިންދަލީލުކުރަނި مُوسَى عَلَيْه السلام ގެރަސޫލުކަމަށެވެ. އެއީ އެކަލޭގެފާނު އެތާހުންނަވަނިކޮށް وَحِي ބާވާތްލެއްވުނު ފަރުބަދައެވެ. މައްކާއެއީ مُحَمد صَلَى الله عَلَيْه وسَلم އަށް وَحِي ބާވާތްލެއްވެން ފެއްޓެވުނުތަނެވެ. = ابْنُ كَثِيْر =

  453. Surah Al-'AlaqBegins here at 96:1

  454. 96:1

    ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ

    ʹIq̣raʹ bismi Rab-bikal laẓee khalaq̣,

    އޭ (محمد ގެފާނެވެ.) ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި رب ގެ ނަންފުޅުން ކިޔަވާވިދާޅުވާށެވެ! އެކަލާނގެއީ ހެއްދެވި ކަލާނގެއެވެ. (ހުރިހާ ތަކެއްޗެއް ހެއްދެވި ކަލާނގެއެވެ.)

  455. 96:2

    خَلَقَ ٱلْإِنسَـٰنَ مِنْ عَلَقٍ

    Khalaq̣al ʹiñsaana min ʻalaq̣.

    އެކަލާނގެ އިންސާނާ ހެއްދެވީ ގަނޑު ލޭކޮޅަކުންނެވެ. (އިންސާނާގެ ޖިންސު ހެއްދެވީ ގަނޑު ލޭ ކޮޅަކުންނެވެ.)

  456. 96:3

    ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ

    ʹIq̣raʹ wa-Rabbukal ʹAkram,―

    އޭ (محمد ގެފާނެވެ!) ކިޔަވާ ވިދާޅުވާށެވެ! އަދި ކަލޭގެ ފާނުގެ رب އެއީ މާތް މަތިވެރި ކަލާނގެއެވެ. ދީލަތިވަންތަ ކަލާނގެއެވެ. (ކަލޭގެފާނީ أمِّىّ ބޭކަލަކު ނަމަވެސް ކަލޭގެފާނަށް ކިޔަވާ ވިދަޅުވާނެގޮތް ދަސްކޮށް ދެއްވުމަކީ އެކަލާނގެ ދީލަތިވަންތަކަމުގެ ތެރެއިންވާ ކާމެކެވެ.

  457. 96:4

    ٱلَّذِى عَلَّمَ بِٱلْقَلَمِ

    ʹAllaẓee ʻallama bil-Q̣alam,―

    އެކަލާނގެއީ قلم ގެ ذريعة އިން ލިޔެ ކިޔުން އުނގަންނަވައިދެއްވި ކަލާނގެއެވެ.

  458. 96:5

    عَلَّمَ ٱلْإِنسَـٰنَ مَا لَمْ يَعْلَمْ

    ʻAl-lamal ʹiñsaana maa- lam yaʻlam.

    އެކަލާނގެއީ (قلم ގެ واسط އިން) އިންސާނާއަށް ނޭގޭ ކަންތައްތައް އޭނާއަށް އުނގަންނަވައި ދެއްވި ކަލާނގެއެވެ. قلم އަކީ ﷲ ގެ نعمة ތަކުގެ ތެރެއިން ބޮޑުވެގެންވާ نعمة އެކެވެ. (އެއީ الله އެންމެފުރަތަމަ ހެއްދެވި مخلوق އެވެ.)

  459. 96:6

    كَلَّآ إِنَّ ٱلْإِنسَـٰنَ لَيَطْغَىٰٓ

    Kallaaa ʹinnal ʹiñsaana layaṭg̣aa,

    އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. ﷲ ގެ نعمة އަށް ކާފަރުވާ މީހާއަށް ބިރުވެރިކަން ހުއްޓެވެ. ހަމަކަށަވަރުން ކާފަރު އިންސާނާ (އެއީ أبوجهلކަމުގައި ބުނެވުނެވެ.) ނުކިޔަމަންތެރިކަމުގައި ހައްދުފަހަނައަޅައި ބޮޑާވެގަންނަނީ

  460. 96:7

    أَن رَّءَاهُ ٱسْتَغْنَىٰٓ

    ʹArra ʹaahus tag̣naa.

    އެއީ އޭނާގެ މުދަލާއި ބާރުން އޭނާއަށް ފުދިގެންވާކަމަށް އަދި ފުދޭނެކަމަށް އޭނާއަށް ފެނިގެންނެވެ.

  461. 96:8

    إِنَّ إِلَىٰ رَبِّكَ ٱلرُّجْعَىٰٓ

    ʹInna ʹilaa Rabbikar rujʻaa.

    (ހަމަކަކަށަވަރުން އޭނާވެސް މަރުވުމަށްފަހު) رجوع ވުން ވަނީ ކަލޭގެފާނުންގެ رب ގެ حَضْرَةُ އަށެވެ.

  462. 96:9

    أَرَءَيْتَ ٱلَّذِى يَنْهَىٰ

    ʹA-raʹaytal laẓee yanhaa

    ،(10) އަޅަކު އެބަހީ محمد ﷺ ނަމާދުކުރެއްވުމުން މަނާކޮށް ނަހީކުރާ މީހާއާއިމެދު (އެއީ أبوجهلކަމުގައި ބުނެވުނެވެ.) - ކަލޭމެންނިކަން ޚަބަރު ދީ ބަލާށެވެ! (އޭނާގެހުރި ނުބައިކަން ނިކަންދެކޭށެވެ!)

  463. 96:10

    عَبْدًا إِذَا صَلَّىٰٓ

    ʻAbdan ʹiẓaa ṣallaa?

    ،(10) އަޅަކު އެބަހީ محمد ﷺ ނަމާދުކުރެއްވުމުން މަނާކޮށް ނަހީކުރާ މީހާއާއިމެދު (އެއީ أبوجهلކަމުގައި ބުނެވުނެވެ.) - ކަލޭމެންނިކަން ޚަބަރު ދީ ބަލާށެވެ! (އޭނާގެހުރި ނުބައިކަން ނިކަންދެކޭށެވެ!)

  464. 96:11

    أَرَءَيْتَ إِن كَانَ عَلَى ٱلْهُدَىٰٓ

    ʹA-raʹayta ʹiñ kaana ʻalal Hudaa?

    އަދި އެ އަޅާ އެބަހީ محمد ﷺ ތެދުމަގުގައިވިޔަސް ހެޔޮހެއްޔެވެ؟ (އެހެން ހަދަންވީ ހެއްޔެވެ؟).

  465. 96:12

    أَوْ أَمَرَ بِٱلتَّقْوَىٰٓ

    ʹAw ʹamara bit-Taq̣waa?

    ނުވަތަ އެކަލޭގެފާނު تقوى ވެރި ވުމަށް އަމުރު ކުރެއްވި ނަމަވެސް (ހަމައެހެން މަނާ ކުރަންވީހެއްޔެވެ؟؟)

  466. 96:13

    أَرَءَيْتَ إِن كَذَّبَ وَتَوَلَّىٰٓ

    ʹA-raʹayta ʹiñ kaẓ-ẓaba wa-tawallaa?

    އަދި އެނުބައި ނުލަފާކަލޭގެ (އެއީ أبوجهلކަމުގައި ބުނެވުނެވެ.) محمد ﷺ ގެންނެވި ކަންތައް ދޮގުކޮށް އަދި އީމާންކަމަށްފުރަގަސްދިންކަމުގައި ވަންޏާ ދެން އޭނާޔާމެދު ނިކަން ޚަބަރުދީބަލާށެވެ.

  467. 96:14

    أَلَمْ يَعْلَم بِأَنَّ ٱللَّهَ يَرَىٰ

    ʹAlam yaʻlam̃ biʹannal laaha yaraa?

    ހަމަކަށަވަރުން އޭނާކުރާހުރިހާކަމެއް ﷲ ދެކެވޮޑިގެންވާކަން އޭނާއަށް ފަހެނޭގެނީބާވައެވެ؟

  468. 96:15

    كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًۢا بِٱلنَّاصِيَةِ

    Kallaa laʹil lam yañtahi lanasfaʻam bin-naaṣiyah,―

    އެއްގޮތަކަށްވެސް އެހެންނޫނެވެ. ﷲ ގަންދީ ހުވައިކުރައްވައެވެ. އޭނާއެކުރާ ކަންތަކުން އެނާހުއްޓައިނުލީވިއްޔާ ތިމަންރަސްކަލާނގެ އޭނާގެ ނިތްކުރިމަތީގައިވާ އިސްތަށިގަޑުގައި ހިއްޕަވައި އޭނާގެނަސް ނަރަކައަށް ވައްދާހުށީމެވެ. (އޭނާއެކުރާ ނުބައިކަންތަކުގެ ތެރޭގައި محمد ﷺ ގެފުޅުކައިރީގައި ނަމާދުފުޅު ކުރެއްވުން މަނާކުރުން އޭގެއެންމެ އިސްކަމަކަށްވެއެވެ.)

  469. 96:16

    نَاصِيَةٍ كَـٰذِبَةٍ خَاطِئَةٍ

    Naaṣiyatiñ kaaẓibatin khaaṭiʹah!

    ދެންފަހެ އޭނައަކީ ދޮގުވެރި އަދި ގިނަގިނައިން ފާފަކުރާ ކުށްވެރިއެކެވެ.

  470. 96:17

    فَلْيَدْعُ نَادِيَهُۥ

    Fal-yadʻu naadiyah:

    ދެން އެނާޔާއެހީވާން އޭނާގެ ނާދީގެމީހުންނަށް އޭނާގޮވައިބަލާށެވެ.

  471. 96:18

    سَنَدْعُ ٱلزَّبَانِيَةَ

    Sanadʻuz zabaaniyah!

    ތިމަންރަސްކަލާނގެ ގެންނަވާނީ ނަރަކައިގެ ޒަބާނިއްޔަ ބޭކަލުންނެވެ.

  472. 96:19

    كَلَّا لَا تُطِعْهُ وَٱسْجُدْ وَٱقْتَرِب ۩

    Kallaa: laa- tuṭiʻhu wasjud waq̣tarib!

    އެއްގޮތަކަށްވެސް އޭނާއެހީކުރާ ގޮތެއް ނުވާނެއެވެ. (އޭ ރަސޫލު ﷲ އެވެ!) އެއްގޮތަކަށްވެސް އޭނާޔަށް ކިޔަމަންވެވަޑައި ނުގަންނަވާށެވެ! އަދި ﷲ އަށް ސަޖިދަ ކުރައްވައި ނަމާދުފުޅު ކުރަށްވައި އަޅުކަން ކުރަށްވާށެވެ. އަދި އެކަލާނގެއާއި ކުއްތަންވެވަޑައި ގަންނަވާށެވެ!

  473. Surah Al-QadrBegins here at 97:1

  474. 97:1

    إِنَّآ أَنزَلْنَـٰهُ فِى لَيْلَةِ ٱلْقَدْرِ

    ʹInnaaa ʹañzalnaahu fee Laylatil Q̣ADR:

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެ قُرْآن لَيْلَة القَدْرِ ވިލޭރޭ (މިންވަރުވެގެންވާރޭ) ގައި ބާވާތްލެއްވީމެވެ. (އެއީ لَوْحُ المَحْفُوظُ ން ދުނިޔޭގެ އުޑުގައިވާ بَيْتُ الْعِزَّة އަށް އެކީއެކަށް އެއްފަހަރާ ބާވާތްލެއްވުމެވެ. ދެން ތޭވީސް އަހަރުގެތެރޭގައި އެކިފަހަރުމަތިން رَسُولُ اللهِ ﷺ އަށް ބާވާތްލެއްވިއެވެ.)

  475. 97:2

    وَمَآ أَدْرَىٰكَ مَا لَيْلَةُ ٱلْقَدْرِ

    Wa-maaa ʹadraaka maa- Laylatul Q̣adr?

    އަދި لَيْلَة القَدْرِ ވިލޭރެއަނީ ކޮންރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

  476. 97:3

    لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ

    Laylatul Q̣adri khayrum min ʹalfi Shahr.

    لَيْلَة القَدْرِ ވިލޭރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮވެގެންވާ ރެއެކެވެ. (އެބަހީ އެރޭކުރާއަޅުކަން އެނޫން އެއްހާސް މައްސަރުގެ އަޅުކަމަށް ވުރެ ހެޔޮވެގެންވާ ވާހަކައެވެ.)

  477. 97:4

    تَنَزَّلُ ٱلْمَلَـٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ

    Tanazzalul malaaaʹikatu war-Rooḥu feehaa biʹiẓni Rab-bihim miñ kulli ʹamr:

    މަލާއިކަތްބޭކަލުންނާއި جِبْرِيْلُ عَلَيْه السلام އެބޭކަލުންގެ رَبُّ ގެއިޒުނަފުޅަށް އަދި އެކަލާނގެ ކުރައްވާ ކޮންމެއަމުރުފުޅަކާއިގެން އެބޭކަލުން އެރޭ ފައިބާވަޑައިގަންނަވާހުއްޓެވެ.

  478. 97:5

    سَلَـٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ

    Salaamun Hiya ḥattaa maṭ-laʻil Fajr!

    ފަޖްރުލައްޖައުމަށްދާންދެން އެރޭވަނީ ހުރިހާ ނުބައަކުން ސަލާމަތްވެގެންނެވެ.

  479. Surah Al-BayyinahBegins here at 98:1

  480. 98:1

    لَمْ يَكُنِ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ وَٱلْمُشْرِكِينَ مُنفَكِّينَ حَتَّىٰ تَأْتِيَهُمُ ٱلْبَيِّنَةُ

    Lam yakunil laẓeena kafaroo min ʹAhlil Kitaabi wal-Mushrikeena muñ-fakkeena ḥattaa taʹtiyahumul Bayyinah,

    يَهُودي ނާއި نصارى އިން ކުރެ ކާފަރުންނާއި އަދި (މައްކާގެ) މުޝްރިކުންނާއި އެމީހުންގެ ގާތަށް ބަޔާންވެގެންވާ ޙުތްޖަތާއި ދަލީލު އަތުވެއްޖެއުމަށް ދާންދެން އެމީހުން އެތިބި ގޮތުން (ބުދަށް އަޅުކަންކުރުމުން ނުވަތަ ކާފަރު ކަމުން) ދުރުވާނޭ ބަޔަކު ކަމުގައި އަދި-އެކަން ހުއްޓާނޭ ބަޔަކު ކަމުގައި ނުވެއެވެ.

  481. 98:2

    رَسُولٌ مِّنَ ٱللَّهِ يَتْلُوا۟ صُحُفًا مُّطَهَّرَةً

    Rasoolum minal laahi yatloo ṣuḥufam muṭahharah,

    އެ ހުއްޖަތަކީ / އެދަލީލަކީ ﷲގެ حضرة ން ވަޑައިގަންނަވާ ރަސޫލު ބޭކަލެކެވެ. (އެއީ محمد ﷺ އެވެ.) އެކަލޭގެފާނު طَاهر ވެގެންވާ صحف ތަކެއް އެބަހީ ދޮގާއި މަގު ފުރެދުމުން މުޅިން طَاهر ވެގެންވާ صحف ތަކެއް ކިޔަވައި ވިދާޅުވެދެއްވާނެއެވެ.

  482. 98:3

    فِيهَا كُتُبٌ قَيِّمَةٌ

    Feehaa kutubuñ q̣ayyimah.

    އެ صحف ތަކުގައި (އެފަތްފުށްތަކުގައި) ވަނީ ސީދާވެގެންވާ ގަދަحُكُمْ ތަކެކެވެ. އެއްވެސްކަހަލަ ގުދުކަމެއް އަދި އަނިޔާއެއްނެތް حُكُمْ ތަކެކެވެ.

  483. 98:4

    وَمَا تَفَرَّقَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ إِلَّا مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَةُ

    Wa-maa tafarraq̣al laẓeena ʹootul Kitaaba ʹillaa mim baʻdi maa- jaaa-ʹathumul Bayyinah.

    ހަމަކަށަވަރުން ފޮތްދެވުނުމީހުން އެބަހީ يَهُودِي އިންނާއި نَصَارَى އިން އެމީހުންގެ ގާތަށް ބަޔާންވެގެންވާދަލީލު އައުމަށްފަހުގައި މެނުވީ އެމީހުން ބައިބައިވެ ވަކިވަކިވީ ކަމުގައި ނުވެއެވެ. (ފަހެ އެމީހުން ގާތަށް ދަލީލުއައިހިދުން - އެބަހީ رَسُولُ اللهِ ﷺ ވަޑައި ގެންނެވިހިދުން އެމީހުން ބައިބައިވީއެވެ. ދެން އެމީހުންގެ ތެރޭގައިތިބީ އެކަލޭގެފާނަށް އީމާންވީމީހުންނާއި އެކަލޭގެފާނަށް ކާފަރުވީމީހުންނާއިއެވެ.)

  484. 98:5

    وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُوا۟ ٱلصَّلَوٰةَ وَيُؤْتُوا۟ ٱلزَّكَوٰةَ ۚ وَذَٰلِكَ دِينُ ٱلْقَيِّمَةِ

    Wa-maaa ʹumirooo ʹillaa liyaʻbudul laaha mukhliṣeena lahud Deen: ḥunafaaaʹa wa-yuq̣eemuṣ Ṣalaata wa-yuʹtuz Zakaata wa-ẓaalika Deenul Q̣ayyimah.

    އަދި އެމީހުން އެހެންހުރިހާދީނެއް ފިޔަވައި ހަމައެކަނި އިސްލާމުދީނަށް ސީދާކޮށްގެން (تَوْحِيْد އަށްސީދާކޮށްގެން) އެކަލާނގެއަށް އަޅުކަން إِخَلآص ތެރިކޮށްގެން އެމީހުން ألله އަށް އަޅުކަންކުރުމަށް މެނުވީ އެމީހުންނަށް އަމުރުވެވިގެންނުވެއެވެ. އަދިއެމީހުން ނަމާދު قَائِم ކުރުމާއި އަދިއެމީހުން ޒަކާތް ދިނުމާއި އެވެ. ސީދާވެގެންވާ ދީނަކީ އެއީއެވެ.

  485. 98:6

    إِنَّ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ وَٱلْمُشْرِكِينَ فِى نَارِ جَهَنَّمَ خَـٰلِدِينَ فِيهَآ ۚ أُو۟لَـٰٓئِكَ هُمْ شَرُّ ٱلْبَرِيَّةِ

    ʹInnal laẓeena kafaroo min ʹAhlil Kitaabi wal-Mushrikeena fee naari Jahannama khaalideena feehaa. ʹUlaaaʹika hum sharrul bariyyah.

    ހަމަކަށަވަރުން يَهُودي ން ނާއި نصارى އިންކުރެ ކާފަރުވީ މީހުންނާއި އަދި މުޝްރިކުންނާއި (މި މީސްމީހުން ޤިޔާމަތް ދުވަހުން ވާނީ) ޖަހަންނަމައިގެ އަލިފާނުގައެވެ. އެމީހުން އެތާ ދެމިތިބޭނެއެވެ. ކަނޑައެޅިގެން އެމީހުން އެއީ ﷲ ގެ ޚަލްޤު ތަކުންކުރެ އެންމެ ނުބައި މީހުންނެވެ.

  486. 98:7

    إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ أُو۟لَـٰٓئِكَ هُمْ خَيْرُ ٱلْبَرِيَّةِ

    ʹInnal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati ʹu-laaaʹika hum khayrul bariyyah.

    އަދި ހަމަކަށަވަރުން އީމާންވެގެން صَالح عمل ކުރި މީހުން ދަންނައެވެ. ކަނޑައެޅިގެން އެމީހުން އެއީ ﷲ ގެ ޚަލްޤު ތަކުންކުރެ އެންމެ ހެޔޮވެގެންވާ މީހުންނެވެ.

  487. 98:8

    جَزَآؤُهُمْ عِندَ رَبِّهِمْ جَنَّـٰتُ عَدْنٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًا ۖ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ ذَٰلِكَ لِمَنْ خَشِىَ رَبَّهُۥ

    Jazaaaʹuhum ʻiñda Rabbihim Jannaatu ʻadniñ tajree miñ taḥtihal ʹanhaaru khaalideena feehaaa ʹabadaa: raḍiyal laahu ʻanhum wa-raḍoo ʻanh: ẓaalika liman khashiya Rabbah.

    އެމީހުންގެ ދަރުމަޔާއި ޘަވާބަކީ އެމީހުންގެ رب ގެ حضرةގައި އެމީހުންނަށް ހުރި ނިޢްމަތާއި ކަރާމާތެވެ. އެއީޤާއިމުވެތިބޭ އެންމެ މާތް ބަގީޗާތަކެވެ. ސުވަރުގެ ތަކެވެ. އަދި އެއީ އެތަންތާގެ ދަށުން އާރުތަށް ހިނގަހިނގާ އޮންނާނެ ސުވަރުގެތަކެވެ. އެތާނގައި އެމީހުން އަބަދާ އަބަދު ނިޢްމަތް ލިބިލިބި ތިބޭނެއެވެ. الله އެމީހުންނަށް ރުއްސަވާފައިވެއެވެ. އަދި އެމީހުން الله އަށް ރުހިގެން ވެއެވެ. އެ މަތިވެރި ބޮޑު ނިޢްމަތަކީ ތިމާ ހައްދަވާ ބޮޑުކުރެއްވި رب އަށް ބިރުވެތިވިމީހުންނަށް ޚާއްސަވެގެންވާ ނިޢްމަތާއި ކަރާމާތެވެ. ޖަޒާއެވެ.

  488. Surah Az-ZalzalahBegins here at 99:1

  489. 99:1

    إِذَا زُلْزِلَتِ ٱلْأَرْضُ زِلْزَالَهَا

    ʹIẓaa zul-zilatil ʹArḍu zil-zaalahaa,

    ބިންގަނޑު އޭގެ ތެޅިގަތުމުން ތެޅިގަނެ ބިންހެލުން އަތުވެއްޖެއްޔާއި (އެއީ ޤިޔާމަތްވުމަށްޓަކައި ފުރަތަމަ ތާޅަފިލީގެ އަޑަށް އަންނަ ޒަލްޒަލާއެވެ. ބިންހެލުމެވެ.)

  490. 99:2

    وَأَخْرَجَتِ ٱلْأَرْضُ أَثْقَالَهَا

    Wa-ʹakhrajatil ʹArḍu ʹas̤q̣aalahaa,

    އަދި ބިންގަނޑު އޭގެ ބަނޑުގައި ވާހާތަކެތި (ބިމުގެ އެތެރޭގައިވާހާތަކެތި) ނެރެލައިފިއްޔާ (އެއީ ދެވަނަ ތާޅަފިލީގެ އަޑަށް މީސްތަކުން ކަށްވަޅުތަކުން ނުކުތުމަށެވެ.) ބިމުގައި މަރުވެ ވަޅުލެވިފައިވީ އެންމެންވެސް ދެވަނަފަހަރަށް ދިރިގެން ނިކުންނާނެއެވެ.

  491. 99:3

    وَقَالَ ٱلْإِنسَـٰنُ مَا لَهَا

    Waq̣aalal ʹiñsaanu maa- lahaa?

    (ދެންފަހެ ބިންގަނޑު އެވަރަށް ތެޅިގަނެ ޙަރަކާތްވުމުން) އިންސާނާ ބުނާނެއެވެ. އެބިމަށް އެވަނީ ކިހިނެއްބާވައެވެ؟

  492. 99:4

    يَوْمَئِذٍ تُحَدِّثُ أَخْبَارَهَا

    Yawmaʹiẓiñ tuḥaddis̤u ʹakhbaarahaa,

    އެދުވަހުން- (ޤިޔާމަތްދުވަހުން-) އެބިން އެބިމުގެ ހުރިހާ ޚަބަރެއްގެ ވާހަކަ ކިޔާނެއެވެ. (ބިމުގައި ކުރި އެނމެހައި ހެޔޮކަމެއްގެ ވާހަކަ ކިޔައިދޭނެއެވެ. އަދި އެންމެހައި ނުބައި ކަމެއްގެ ވާހަކަވެސް ކިޔައިދޭނެއެވެ.

  493. 99:5

    بِأَنَّ رَبَّكَ أَوْحَىٰ لَهَا

    Biʹanna Rabbaka ʹawḥaa lahaa.

    އެއީ ހަމަކަށަވަރުން ކަލޭގެފާނުންގެ رب އެބިމަށް وحي ކުރަށްވައި އިޒުނަ ދެއްވީމައެވެ. އެދުވަހުން އެސޮރު އެހުރިހާ ވާހަކަ ބަޔާންކުރާނެއެވެ.

  494. 99:6

    يَوْمَئِذٍ يَصْدُرُ ٱلنَّاسُ أَشْتَاتًا لِّيُرَوْا۟ أَعْمَـٰلَهُمْ

    Yawmaʹiẓiñy yaṣ-durun naasu ʹash-taatal liyuraw ʹaʻmaalahum.

    މީސްތަކުން އެދުވަހުން (ޤަބުރުތަކުން) ބައިބައަށް ވަކިވަކިންނުކުންނާނެއެވެ. އެއީ އެމީހުން ދުނިޔޭގައި ކޮށްފައިވާހާ ޢަމަލު ދުށުމަށްޓަކައެވެ. (الله އެމީހުންނަށް އެތަކެތި ދައްކަވާނެއެވެ.)

  495. 99:7

    فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُۥ

    Famañy yaʻmal mis̤q̣aala ẓarratin khayrañy yarah.

    ފަހެ ހެޔޮކަމުގެތެރެއިން ޛައްރެއްގެ މިންވަރުގެ ކުޑަ ޢަމަލެއްކޮށްފަވާ މީހަކުވެސް އެ ހެޔޮކަންދެކޭނެއެވެ. އޭގެ ޘަވާބު ލިބޭނެއެވެ.

  496. 99:8

    وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُۥ

    Wa-mañy yaʻmal mis̤q̣aala ẓarratiñ sharrañy yarah.

    އަދި ނުބައިކަމުގެ ތެރެއިން ޛައްރެއްގެ މިންވަރުގެ ކުޑަ ޢަމަލެއްކޮށްފަވާ މީހަކުވެސް އެކަން ދެކޭނެއެވެ. (އެއަށް އޭނާ މަސްއޫލު ވާންޖެހޭނެއެވެ.)

  497. Surah Al-'AdiyatBegins here at 100:1

  498. 100:1

    وَٱلْعَـٰدِيَـٰتِ ضَبْحًا

    WalʻAadiyati ḍabḥaa,

    ނޭވައިގެ އަޑު ގޮށްވާލާފައި ބާރަށް ދުވެފައިދާ (ހަނގުރާމަ މަތީ) އަސް ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.

  499. 100:2

    فَٱلْمُورِيَـٰتِ قَدْحًا

    Fal-mooriyaati q̣adḥaa,

    އަދި މޮއްގަނޑުތައް ހިލަ ބިމުގައި ކޭތިލާވަގުތު ރޭގަނޑަށް އެމޮއްގަނޑުތަކުން އަލިފާން އަޅަމުންދާ (ހަނގުރާމަމަތީ) އަސް ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.

  500. 100:3

    فَٱلْمُغِيرَٰتِ صُبْحًا

    Fal-mug̣eeraati ṣubḥaa,

    އަދި ފަތިސް ވަގުތުން (ޢަދުއްވުންގެ ތެރެއަށްވަދެ) غَارت ކުރާ އަސް ގަންދެއްވައި الله ހުވައި ވަޙީ ކުރައްވައެވެ.

  501. 100:4

    فَأَثَرْنَ بِهِۦ نَقْعًا

    Faʹas̤arna bihee naq̣ʻaa,

    ،(5) އަދި (ކާފަރުން ޖަމާޢަތުގެ) މެދައްވަދެގަންނަ (ހަނގުރާމަމަތީ) އަސް ގަންދެއްވައި الله ހުވައި ވަޙީ ކުރައްވައެވެ. (މިބޮޑު ހުވައިގެ ޖަވާބަކީ....)

  502. 100:5

    فَوَسَطْنَ بِهِۦ جَمْعًا

    Fawasaṭna bihee jamʻaa,

    ،(5) އަދި (ކާފަރުން ޖަމާޢަތުގެ) މެދައްވަދެގަންނަ (ހަނގުރާމަމަތީ) އަސް ގަންދެއްވައި الله ހުވައި ވަޙީ ކުރައްވައެވެ. (މިބޮޑު ހުވައިގެ ޖަވާބަކީ....)

  503. 100:6

    إِنَّ ٱلْإِنسَـٰنَ لِرَبِّهِۦ لَكَنُودٌ

    ʹInnal ʹIñsaana li-Rabbihee lakanood;

    ހަމަކަށަވަރުން އިންސާނާ އޭނާ ހެއްދެވި رب އަށް ކާފަރުވުން ބޮޑުވެގެންވެއެވެ. އޭނާ ހެއްދެވި رب ގެ ނިޢްމަތް ތަކަށް ކާފަރުވުން ބޮޑުވެގެންވެއެވެ. (އެއީ ކާފަރު އިންސާނާގެ އާދައެވެ.)

  504. 100:7

    وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدٌ

    Wa-ʹinnahoo ʻalaa ẓaalika lashaheed;

    އަދި ހަމަކަށަވަރުން އެކަމުގެ މައްޗަށް އޭނާ ހެކި ދެއެވެ. (އެބަހީ އޭނާގެ ދުލުން ނާއި ޢަމަލުތަކުން އެކަމަށް ހެކިދެއެވެ. ނުވަތަ އެކަމަށް ﷲ ހެކިވެ ވޮޑިގެން ވެއެވެ.)

  505. 100:8

    وَإِنَّهُۥ لِحُبِّ ٱلْخَيْرِ لَشَدِيدٌ

    Wa-ʹinnahoo liḥubbil khayri lashadeed.

    އަދި ހަމަކަށަވަރުން މުދަލުގެ މައްޗަށް އޭނާގެ ލޯބި ގަދަވެގެންވެއެވެ.

  506. 100:9

    ۞ أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِى ٱلْقُبُورِ

    ʹAfalaa yaʻlamu ʹiẓaa buʻs̤ira maa- fil q̣uboor,

    ފަހެ ކަށްވަޅުތަކުގައިވާހާ ބަޔަކު (ހިސާބު ބެއްލެވުމަށް) ނެރެވި ހާމަވެއްޖެއްޔާއިވެސް އޭނާއަށް ނޭގޭނެ ބާވައެވެ.

  507. 100:10

    وَحُصِّلَ مَا فِى ٱلصُّدُورِ

    Waḥuṣṣila maa- fiṣ ṣudoor:

    އަދި ހިތްތަކުގައި ފޮރުވިފައިވާހާތަކެތި އެބަހީ (އީމާންކަމާއި ކާފަރުކަމުގެ ގޮތުން) ނެރެވި ހާމަވެއްޖެއްޔާވެސް އޭނާއަށް ނޭގޭނެ ބާވައެވެ.

  508. 100:11

    إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌۢ

    ʹInna Rabbahum̃ bihim Yawmaʹiẓil la-Khabeer?

    ހަމަކަށަވަރުން އެބައި މީހުންގެ رب އެދުވަހުން އެބައިމީހުންނާއިމެދު މޮޅަށް ދެނެވޮޑިގެން ވެއެވެ. އަދި ކުރިންވެސް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ. އެދުވަހުން ހުރިހާ ޚަބަރެއް އިންސާނާއަށް އެކަލާނގެއަންގަވާނެއެވެ. والله أعلم.

  509. Surah Al-Qari'ahBegins here at 101:1

  510. 101:1

    ٱلْقَارِعَةُ

    ʹAl-Q̣aariʻah:

    قَارِعة (يَعْنى ހިތްތައް ބިރުން ތެޅޭފަދަ ޤިޔާމަތް ދުވަސް ދަންނައެވެ.)

  511. 101:2

    مَا ٱلْقَارِعَةُ

    Mal Q̣aariʻah?

    قَارِعة އެވެ ކިޔުނު ޤިޔާމަތްދުވަސް އެއީ ކޮންފަދަ ދުވަހެއްތޯއެވެ؟

  512. 101:3

    وَمَآ أَدْرَىٰكَ مَا ٱلْقَارِعَةُ

    Wa-maaa ʹadraaka mal Q̣aariʻah?

    އަދި قَارِعة އެވެ ކިޔުނު ޤިޔާމަތްދުވަސް އެއީ ކޮންފަދަ އެއްޗެއްކަން ކޮންފަދަ ދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

  513. 101:4

    يَوْمَ يَكُونُ ٱلنَّاسُ كَٱلْفَرَاشِ ٱلْمَبْثُوثِ

    Yawma yakoonun naasu kal-faraashil mabs̤oos̤,

    އެއީ ވަކިވަކިވެ ފެތުރިގެންވާ ކޮކާ ތަކެއް ފަދައިން (އުދުހޭ އެބާވަތުގެ އެއްޗެހިތަކެއްފަދައިން މީސްތަންވާނޭ ދުވަހެވެ، މީސްތަކުން ކައްވަޅުތަކުން ނުކުމެގެން ބިރުވެރިކަން ބޮޑުކަމުން ދާނެވަކިތަނެއްނޭގި މުޅިތަނަށް ފެތުފައި ތިބޭނެއެވެ. އެފަދަޙާލުގައިވަނިކޮށް مَحْشَرُ ގެމައިދާނަށް އެއްކުރެވޭނެއެވެ. وَالله أعْلَم

  514. 101:5

    وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ ٱلْمَنفُوشِ

    Wa-takoonul jibaalu kal-ʻihnil mañfoosh.

    އަދި އެދުވަހުން ފަރުބަދަތައް ކުދިކުދިވެ ފިނދާ ކުލަޖައްސާފައިވާ ކެހެރިތަކެއްފަދައިން ނުވަތަ ކަފަތަކެއްފަދައިން ވަޔަށްބުރައިގެން ހިގައިދާނެއެވެ.

  515. 101:6

    فَأَمَّا مَن ثَقُلَتْ مَوَٰزِينُهُۥ

    Faʹammaa mañ s̤aq̣ulat mawaazeenuhoo,

    ދެންފަހެ ހިސާބު ބައްލަވާއިރު އެމީހެއްގެ ހެޔޮ ޢަމަލު މީޒާން ބަރުވެއްޖެމީހާ ދަންނައެވެ.

  516. 101:7

    فَهُوَ فِى عِيشَةٍ رَّاضِيَةٍ

    Fahuwa fee ʻEeshatir raaḍiyah.

    އެމީހާވާނީ ޤިޔާމަތްދުވަހުން ރުހެވިގެންވާ ވަރަށްމަޖާ ދިރިއުޅުމެއްގައެވެ. ސުވަރުގެޔާ އެތާގެ ނިޢްމަތުގައެވެ.

  517. 101:8

    وَأَمَّا مَنْ خَفَّتْ مَوَٰزِينُهُۥ

    Wa-ʹammaa man khaffat mawaazeenuhoo,

    އަދި އެމީހެއްގެ ހެޔޮކަމުގެމީޒާން ލުއިވެއްޖެމީހާ ދަންނައެވެ.

  518. 101:9

    فَأُمُّهُۥ هَاوِيَةٌ

    Faʹummuhoo Haawiyah.

    ފަހެ އެމީހާގެ ޖާގައަކީ ޤިޔާމަތްދުވަހުން هَاوِيَة އެވެކިއުނު ނަރަކައެވެ. ކުޑަކުއްޖަކު މަންގެ އުގުގައި އޮންނަފަދައިން އޭނާ އެނަރަކައިގާ އޮންނާނެއެވެ. އެތަނަށް هَاوِيَة އެވެކިއުނީ އެތަން ފުންކަމާއި އެކުވެސް އަލިފާންގަޑުގެތެރެއަށް އޭނާ ވެއްޓި ވެއްޓި އޮންނާނެތީކަމުގައިވެއެވެ.

  519. 101:10

    وَمَآ أَدْرَىٰكَ مَا هِيَهْ

    Wa-maaa ʹadraaka maa- hiyah?

    އަދިއެ هَاوِيَة އެވެކިއުނު ނަރަކައެއީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

  520. 101:11

    نَارٌ حَامِيَةٌۢ

    Naarun ḥaamiyah!

    އެއީ އެތާގެ ހޫނު ނިހާޔަތަށް ގަދަވެގެންވާހޫނު އަލިފާނެވެ.

  521. Surah At-TakathurBegins here at 102:1

  522. 102:1

    أَلْهَىٰكُمُ ٱلتَّكَاثُرُ

    ʹAl-haaku mut-takaas̤ur.

    ،(2) ތިޔަބައިމީހުން (ދުނިޔޭގައި މުދާ ގިނަކުރުމާއި ދަރިންގިނަކުރުމާއި އެކަކު އަނެކަގެ މައްޗަށް ފަޚްރުވެރި ވުމާއި) މިބާވަތުގެ ކަންކަމުގައި މަޝްޣޫލް ވެގެން ތިޔަ ތިބެނީ ތިޔަބައިމީހުން މަޤްބަރާ ތަކަށް ޒިޔާރަތް ކޮށްފުމަށް ދާންދެނެވެ. އެބަހީ މަރު އަތުޖެވެއްޖައުމަށް ދާންދެނެވެ.

  523. 102:2

    حَتَّىٰ زُرْتُمُ ٱلْمَقَابِرَ

    Ḥattaa zurtumul maq̣aabir.

    ،(2) ތިޔަބައިމީހުން (ދުނިޔޭގައި މުދާ ގިނަކުރުމާއި ދަރިންގިނަކުރުމާއި އެކަކު އަނެކަގެ މައްޗަށް ފަޚްރުވެރި ވުމާއި) މިބާވަތުގެ ކަންކަމުގައި މަޝްޣޫލް ވެގެން ތިޔަ ތިބެނީ ތިޔަބައިމީހުން މަޤްބަރާ ތަކަށް ޒިޔާރަތް ކޮށްފުމަށް ދާންދެނެވެ. އެބަހީ މަރު އަތުޖެވެއްޖައުމަށް ދާންދެނެވެ.

  524. 102:3

    كَلَّا سَوْفَ تَعْلَمُونَ

    Kallaa sawfa taʻlamoon.

    ދެން ހަމައެއްގޮތަކަށްވެސް އެހެނެއްނުވާނެއެވެ. ނިކަންހުރެ އޭގެ (ނުބައިކަން) ތިޔަބައިމީހުންނަށް އެނގިދާނެއެވެ. އެއީ ޤިޔާމަތް ދުވަހުންނެވެ.

  525. 102:4

    ثُمَّ كَلَّا سَوْفَ تَعْلَمُونَ

    S̤umma kallaa sawfa taʻlamoon!

    ދެން ހަމައެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. (އެކަންކަން ނޭގި ނުދާނެއެވެ.) ނިކަންހުރެ ތިޔަބައި މީހުންނަށް އެކަންކަން (އެކަމުގެ ނުބައިކަން އެނގިދާނެއެވެ.)

  526. 102:5

    كَلَّا لَوْ تَعْلَمُونَ عِلْمَ ٱلْيَقِينِ

    Kallaa law taʻlamoona ʻilmal yaq̣een.

    އެއްގޮތަކަށްވެސް އެހެން ނޫނެވެ. ތިޔަބައިމީހުންނަށް ޝައްކެއްނެތި ޔަޤީނަށް އެކަމުގެ ނުބައިކަން އެނގޭނަމަ އެހެން ނުހެދީހެވެ. (މުދަލާއި ދަރިން ގިނަކުރުމުގައި ﷲގެ ކިޔަމަންތެރިކަން ދޫކޮށް ޣާފިލު ނުވީހެވެ. މަޝްޣޫލު ނުވީހެވެ.)

  527. 102:6

    لَتَرَوُنَّ ٱلْجَحِيمَ

    Latarawunnal Jaḥeem!

    ހަމަކަށަވަރުން ޤިޔާމަތް ދުވަހުން ތިޔަބައިމީހިން ނަރަކަ ދެކޭނެކަން ކަށަވަރެވެ.

  528. 102:7

    ثُمَّ لَتَرَوُنَّهَا عَيْنَ ٱلْيَقِينِ

    S̤umma latarawunnahaa ʻaynal yaq̣een!

    ދެން އެދުވަހުން އެއްވެސް ޝައްކެއްނެތި ޔަޤީންގެ ލޮލަކުން ތިޔަބައިމީހުން އެނަރަކަ ދެކޭނެއެވެ.

  529. 102:8

    ثُمَّ لَتُسْـَٔلُنَّ يَوْمَئِذٍ عَنِ ٱلنَّعِيمِ

    S̤umma latusʹalunna Yawmaʹiẓin ʻanin naʻeem.

    ދެން އަދި އެދުވަހުން ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނުހައި ނިޢްމަތަކާއި މެދު ކަނޑައެޅިގެން ތިޔަބައި މީހުން ނާއި ސުވާލު ވެވޭނެއެވެ.

  530. Surah Al-'AsrBegins here at 103:1

  531. 103:1

    وَٱلْعَصْرِ

    WalʻAṣr,

    ރޭގަޑާއި ދުވާލު އެކުލެވިގެންވާ ޒަމާން ގަންދެއްވައި ނުވަތަ عَصْرُ ވަގުތު ގަންދެއްވައި ﷲ ހުވައި وَحِي ކުރައްވައެވެ. (އެހުވައިގެ ޖަވާބަކީ)

  532. 103:2

    إِنَّ ٱلْإِنسَـٰنَ لَفِى خُسْرٍ

    ʹInnal ʹIñsaana lafee khusr,

    ހަމަކަށަވަރުން އެންމެހައި އިންސާނުންވަނީ ގެއްލި ހަލާކުވުމެއްގައެވެ. (އެގެތެރެއިން ﷲ އިސްތިސްނީ ކުރައްވާފައިވަނީ ވަކިބައެކެވެ. އެމީހުންފިޔަވައި އެހެން ހުރިހާމީހުންނަކީ ގެއްލި ހަލާކުވުމެއްގައިވާމީހުންނެވެ. އެމީހުންނަކަށް އެއްވެސް ގެއްލުމެއްނެތެވެ. އެމީހުންނަށް އޮތީ ފައިދާއެވެ. އެއީ ހަތަރުސިފައެއް އެކުލެވިގެންވާ ބައެކެވެ.)

  533. 103:3

    إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ

    ʹIllal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati wa-tawaaṣaw bil-Ḥaq̣q̣i wa-tawaaṣaw biṣ-Ṣabr.

    އީމާންވެގެންވުން. (އެބަހީ ﷲ އަށާއި އެކަލާނގެ ރަސޫލާއަށާއި އަދި އެކަލޭގެފާނު ގެންނެވި އެންމެހައި ކަމަކަށް ވެސްއީމާންވެގެންވުމެވެ. (އިމާންވެގެންވާމީހުންނެވެ.) • އަދިއެޔާއި އެކު صَالِحُ عَمَلُ ކުރުމެވެ. އެއީ ރަސޫލާ އެންގެވިކަންތައްތައް އެ އެންގެވިފަދައަކުން ކުރުމެވެ. އަދި ނުކުރާން އެންގެވި ކަންތައްނުކުރުމެވެ. (صَالِحُ عَمَلُ ކުރާމީހުންނެވެ.) • އަނެއްކަމަކީ އެކަކު އަނެކަކަށް حَقُّ އަށް وَصِيَّة ކުރުމެވެ. (އެބަހީ އިސްލާމުދީނަށް އުޅުމަށް އެކަކު އަނެކަކަށް وَصِيَّة ކުރުމެވެ. (އެފަދައިން އެކަކު އަނެކަކަށް وَصِيَّة ކުރާމީހުންނެވެ)\n• ހަތަރުވަނަ ކަމަކީ ކެތްތެރިވުމަށް އެކަކު އަނެކަކަށް وَصِيَّة ކުރުމެވެ. އެބަހީ ދީނަށް ގޮވައި ލުމުގައި ދިމާވާ ދަތިތަކަށް ކެތްކުރުމެވެ. އެފަދައިން އެކަކު އަނެކަކަށް وَصِيَّة ކުރުމެވެ. (އެފަދައިން އެކަކު އަނެކަކަށް وَصِيَّة ކުރާމީހުންނެވެ) އަދި ދީނުގެ ކަންތައްތައްކުރުމުގައިވެސް ކެތްތެރިވުމެވެ. މިއެވެ. މިބަޔާންވެދިޔަ ސިފަތައްހުރިމީހުން މެނުވީ ދެންތިބި އެންމެންނީވެސް ގެއްލުމާއި ހަލާކެއްގައިވާބައެކެވެ.

  534. Surah Al-HumazahBegins here at 104:1

  535. 104:1

    وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ

    Waylul likulli humazatil lumazah,

    މީހުނގެ މޫނުމަތީގައްޔާއި ކުރިމަތީގައްޔާ އަދި ފުރަގަހުން މީހުންނަށް غِيْبَ ކިޔާ ކޮންމެމީހަކަށް وَيْلُ ހުއްޓެވެ. އެއީގަދަވެގެންވާ ޢަޒާބެވެ. ނަރަކައިގެ ވަކިވާދީއެކެވެ.

  536. 104:2

    ٱلَّذِى جَمَعَ مَالًا وَعَدَّدَهُۥ

    ʹAllaẓee jamaʻa maalañw waʻaddadah,

    އެމީހާމުދާ ޖަމާކޮށް ޢަދަދުކޮށް ހަދައެވެ.

  537. 104:3

    يَحْسَبُ أَنَّ مَالَهُۥٓ أَخْلَدَهُۥ

    Yaḥsabu ʹanna maalahooo ʹakhladah!

    އަދިއޭނާ ހީކުރަނީ އެމުދާ އޭނަމަރުވިޔަނުދީ ދުނިޔޭގައި ދާއިމީގޮތެއްގައި ބަހައްޓާނެކަމަށެވެ. (އެފަދަމީހުން މީހުންނަށް މަލާމާތްކޮށް غِيْبَ ކިޔައި ހަދަނީ މުދާގިކަމުން އެކަމުގެ فَخْرُ ގައެވެ. އޭނާހީކުރަނީ މުދާ އެނާ ހިފަހައްޓާނެކަމަށެވެ. މިއީ މިބާވަތުގެ ކޮމެމީހެއްގެ ލަފައެވެ.)

  538. 104:4

    كَلَّا ۖ لَيُنۢبَذَنَّ فِى ٱلْحُطَمَةِ

    Kallaa layumbaẓanna fil Ḥuṭamah.

    އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. ޤިޔާމަތްދުވަހުން އެފަދަމީހުން حُطَمةَ އެވެކިޔޭ ނަރަކައަށް އެއްލައިލެވޭނެއެވެ. (حُطَمةَ އަކީ އެތާގެހޫނުގަދަކަމުން އެއަށްލެވޭކޮންމެއެއްޗެއް ހަލާކުކޮށް ކުދިކުދި ކޮށްލާތަނެކެވެ)

  539. 104:5

    وَمَآ أَدْرَىٰكَ مَا ٱلْحُطَمَةُ

    Wa-maaa ʹadraaka mal Ḥuṭamah?

    އަދި حُطَمةَ އެއީ ކޮންއެއްޗެއްކަން ކަލޭގެފާށް އަންގައިދިނީ ކޮން އެއްޗެއްތޯއެވެ؟ އެއީ ކޮންފަދަ ނުރައްކާ ތަނެއްހެއްޔެވެ؟

  540. 104:6

    نَارُ ٱللَّهِ ٱلْمُوقَدَةُ

    Naarul laahil mooq̣adah,

    އެއީ ﷲ ގެ އަލިފާނެވެ. - (ﷲ އަށް އެއަލިފާން ނިސްބަތްކުރުމަކީ އޭގައިހޫނުގަދަވާނެކަމުގެ ދަލީލެވެ.)

  541. 104:7

    ٱلَّتِى تَطَّلِعُ عَلَى ٱلْأَفْـِٔدَةِ

    ʹAllatee taṭṭaliʻu ʻalal ʹafʹidah:

    އެއަލިފާން ހިތްތަކަށްފޯރާނެއެވެ. (އޭރުން އޭގެވޭނާއި ކެކުޅުން ޙިޔާލުވެސް ނުކުރެވޭހާ ގަދަވާނެއެވެ.)

  542. 104:8

    إِنَّهَا عَلَيْهِم مُّؤْصَدَةٌ

    ʹinnahaa ʻalayhim muʹṣadah,

    އެމީހުން އެތަނުން ނުނުކުމެވޭގޮތަށް އެތަން ބަންދު ކުރެވިގެންވެއެވެ.

  543. 104:9

    فِى عَمَدٍ مُّمَدَّدَةٍۭ

    Fee ʻamadim mumaddadah.

    ދެމިގެންވާ ތަނބުތަކެއްގައި ވަރުގަދައަކަށް އެމީހުން ބަނދެވިގެންވާނެއެވެ.

  544. Surah Al-FilBegins here at 105:1

  545. 105:1

    أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَـٰبِ ٱلْفِيلِ

    ʹAlam tara kayfa faʻala Rabbuka biʹAṣḥaabil FEEL?

    (އޭމަތްވެގެންވާ ރަސޫލާއެވެ!) އެތުގެ އެކުވެރިންނާއިމެދު ކަލޭގެފަނުންގެ رَبُّ ކަންތައްކުރެއްވީ ކޮންފަދައަކުންކަން، ނުވަތަ ކަންތައްކުރެއްވި ގޮތާއިމެދު - ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ ނުވިސްނަވަމުތޯއެވެ؟

  546. 105:2

    أَلَمْ يَجْعَلْ كَيْدَهُمْ فِى تَضْلِيلٍ

    ʹAlam yajʻal kaydahum fee taḍleel?

    އެބައިމީހުންގެ ރޭވުމާއި ތަދުބީރު ގެއްލުމާއި ހަލާކު ކަމުގައި އެކަލާނގެ ނުލައްވައިތޯއެވެ؟ އެބަހީ އެމީހުންގެ ރޭވުމާއި ތަދުބީރު ގެއްލުމާއި ހަލާކު ކަމުގައި އެކަލާނގެ އެމީހުންގެމައްޗަށް ލެއްވިއެވެ.

  547. 105:3

    وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ

    Wa-ʹarsala ʻalayhim ṭayran ʹabaabeel,

    އެކަލާނގެ އެބައިމީހުން ހަލާކު ކުރެއްވުމަށް އެމީހުންގެމައްޗަށް ފޮނުއްވީ އަބާބީލު އެވެކިޔާ ކުދިކުދި ދޫނިތަކެކެވެ.

  548. 105:4

    تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ

    Tarmeehim̃ bihijaaratim miñ sijjeel,

    އެދޫނިތައް ނަރަކައިން ހޫނުކުރެވިފައިވާ ހިލަތަކަކުން އެމީހުން ހަލާކު ކުރެއްވީއެވެ. އެއިން ކޮންމެދޫންޏެއް ގެންނަނީ ގޮދަންފުކެއްވަރުގެ ނުވަތަ ފަޅިމުގުފުކެއްވަރުގެ ތިން ހިލައެވެ. އެއީ އެސޮރުގެ ތުބުގައި ހިލަޔަކާއި ދެފައިގާ ދެހިލައެވެ. ކޮންމެ ހިލައެއްގައި އެހިއަކުން ޖެހެންވީމީހާގެ ނަންލިލެވިގެންވެއެވެ. އެއިން ހިލަޔަކުން މީހަކު ގައިގާ ޖެހުނީމާ އެމީހާގެ ގޮހޮރު ނުކުމެ ގުނަވަންތައްވެރި ދެން އެންމެފަހުން މަރުވެގެންދަނީއެވެ.

  549. 105:5

    فَجَعَلَهُمْ كَعَصْفٍ مَّأْكُولٍۭ

    Fajaʻalahum kaʻaṣfim maʹkool.

    އެމީހުން މަރުވެގެން ބިމަށް ވެރިފައިތިބިއިރު ހީވަނީ ގެރިބަކަރި ކައިވަރާފައިވާ ފަތްތަކެއްހެންނެވެ. ނުވަތަ ހިކި ހުއިތަކެއްހެންނެވެ.\nދަންނައެވެ. މިސޫރަތުގައި ބަޔާންވެގެން މިދަނީ މައްކާގެ ގެފުޅު ހަލާކު ކުރުމުގެ ނިޔަތުގައި ޔަމަނުކަރައިގެ އޭރު ހުރި ރަސްގެފާނު أَبْرَهَة އާއި އޭނާޔާއިއެކުއައި ލަޝްކަރު الله ހަލާކު ކުރެއްވިގޮތުގެ ކުރު خُلآصَة އެކެވެ. އެމީހުން އަރައިގެން އައި ނީލަގެރި އެތްތަކަކަށްވާތީ އެމީހުންނަށް އެތުގެ އެކުވެރިންގެ ނަމުން މަޝްހޫރު ވެގެންވަނީއެވެ. މިބައިމީހުން މައްކާއަށް އަރަން ގަސްދުކޮށްގެން ދަނިކޮށް وَادِيْ مُحَسَّر ކިޔާހިސާބަށް އައުމުން الله އެމީހުންގެމައްޗަށް އެދޫނިތައް ފޮނުއްވައި އެމީހުން ހަލާކު ކުރެއްވީއެވެ. މިވާހަކަ تَفْصِيْلُ ކޮށް تَفْسِيْر ފޮތްތަކުގައި ލިޔެވިގެން ވެއެވެ. މި ޙާދިޘާ ހިނގާދިޔައީ رسول الله ﷺ ރައްކައުވުމުގެ ކުޑަތަންކޮޅެއްކުރިން ކަމުގައި އެކަމަކު ދާދި ގާތުގައި ކަމުގައި ތާރީޚްގައި ބަޔާންވެގެންވެއެވެ. والله أعلم.

  550. Surah QurayshBegins here at 106:1

  551. 106:1

    لِإِيلَـٰفِ قُرَيْشٍ

    Liʹeelaafi Q̣URAYSH,

    قريش ންނާއި މެދު ﷲ ބެހެއްޓެވި އޯގާވަންތަވެރިކަމުގެ ސަބަބުން އެބަހީ އެ ބޮޑު ނިޢްމަތުގެ ސަބަބުން އެކަމުގެ ޝުކުރެއްގެ ގޮތުން އެމީހުން ﷲ އަށް އަޅުކަން ކުރާ ހުށިކަމެވެ. މިއާޔަތްމިވަނީ ތިންވަނަ އާޔަތާއި ގުޅިފައެވެ. ދެވަނަ އާޔަތުގައި އެވަނީ އެމީހުންނަށް ބެހެއްޓެވި އޯގާވަންތަކަމަށް އިޝާރާތް ކުރަށްވާފައެވެ. އެއީ

  552. 106:2

    إِۦلَـٰفِهِمْ رِحْلَةَ ٱلشِّتَآءِ وَٱلصَّيْفِ

    ʹEelaafihim riḥlatash shitaaaʹi waṣṣayf,

    އެމީހުން ކުރާ ފިނި މޫސުމުގެ ވިޔަފާރި ދަތުރާއި ހޫނު މޫސުމުގެ ވިޔަފާރި ދަތުރެވެ. ފިނި މޫސުމުގައި ޔަމަނު ކަރައަށެވެ. ހޫނު މޫސުމުގައި ޝާމު ކަރައަށެވެ. މި ދެ ދަތުރުގައިވެސް އަމާންކަމާއެކު ދަތުރު ކުރެވޭނެ ގޮތް ލެއްވެވިއެވެ. ދަތުރު ކޮށްފައި އަންނައިރުވެސް އެމީހުންނަށް އެއްވެސް ބަޔަކު ގޯނާ ނުކުރެއެވެ. އެއީ މައްކާގައިވާ ﷲ ގެ ޙަރަމްގެ އަހްލުވެރިން ކަމުގައިވާތީއެވެ. އެންމެން އެމީހުންނަށް އިޙްތިރާމް ކުރެއެވެ.

  553. 106:3

    فَلْيَعْبُدُوا۟ رَبَّ هَـٰذَا ٱلْبَيْتِ

    Falyaʻbudoo Rabba haaẓal Bayt,

    ފަހެ (މިބޮޑު ނިޢްމަތައްޓަކައި ވެސް) އެމީހުން މި ގެފުޅުގެ ވެރި رب އަށް އަޅުކަން ކުރާ ހުށިކަމެވެ.

  554. 106:4

    ٱلَّذِىٓ أَطْعَمَهُم مِّن جُوعٍ وَءَامَنَهُم مِّنْ خَوْفٍۭ

    ʹAllaẓeee ʹaṭʻamahum miñ jooʻiñw wa-ʹaamanahum min khawf.

    އެކަލާނގެއީ ބަނޑުހައި ހޫނުކަމުން އެމީހުން ދުރު ކުރަށްވައި ކާންދެއްވި ކަލާނގެއެވެ. އަދި ބިރުވެރި ކަމުން އެމީހުންނަށް އަމާންކަން ދެއްވި ކަލާނގެއެވެ. ދަންނައެވެ. قريش ންނަށް ދެމޫސުމުގައި ދަތުރު ކުރެވޭ ގޮތް ހަމަޖެހިފައި އޮތުމުގެ ސަބަބުން ބަނޑުހައި ހޫނުކަމުން އެމީހުން ސަލާމަތް ވިއެވެ. އަދި ﷲގެ ޙަރަމްފުޅު ހުރުމުގެ ސަބަބުން އެމީހުންނަށް އަމާންކަން ލިބިގެން ދިޔައެވެ. މިއީ އެއްވެސް އެހެން ބަޔަކަށް ލިބިފައިވާ ނިޢްމަތެއް ނޫނެވެ. އަދި މިނޫންވެސް އެހެން އެތައް ނިޢްމަތެއްގެ ސަބަބުން އެމީހުން ޚާއްޞަ ވެއެވެ. والله أعلم.

  555. Surah Al-Ma'unBegins here at 107:1

  556. 107:1

    أَرَءَيْتَ ٱلَّذِى يُكَذِّبُ بِٱلدِّينِ

    ʹA-raʹaytal laẓee yukaẓẓibu bid-Deen?

    (އޭމަތްވެގެންވާ ރަސޫލާއެވެ!) ހިސާބު ބެއްލެވުމާއި ޖަޒާދެއްވުން ދޮގުކުރާމީހާއަށް ކަލޭގެފާނު ބެއްލެވީމުތޯއެވެ؟ އެމީހާގެ ޚަބަރު ނިކަން ދެއްވައި ބައްލަވާށެވެ. (އެމީހަކީ العَاصُ بْنُ وَائِلُ السّهمى ކަމުގައި ބުނެވުނެވެ. އަދިއެއީ الوَلِيْد بْنُ المُغِيْرَة ކަމުގައި ބުނެވުނެވެ. ނުވަތަ މުނާފިޤުން ކުރެކޮންމެވެސް މީހަކު ކަމުގައި ބުނެވުނެވެ. والله أعلم.

  557. 107:2

    فَذَٰلِكَ ٱلَّذِى يَدُعُّ ٱلْيَتِيمَ

    Faẓaalikal laẓee yaduʻʻul yateem,

    ފަހެ އެމީހާއަކީ ޔަތީމު ކުދިންނަށް އެކުދިންގެ حَقُّނުދީ ދުރުކުރާމީހާއެވެ. އެކުދިންނަށް އަނިޔާކުރާމީހާއެވެ.

  558. 107:3

    وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ

    Wa-laa yaḥuḍḍu ʻalaa ṭaʻaamil miskeen.

    އަދި މިސްކީނުންނަށް ތިމާއަމިއްލައަށްވެސް ކާއެތިކޮޅު ނުދީ އަދި އެކަމަށް އެހެންމީހުންނަށްވެސް ހިތްވަރު ނުދޭމީހެކެވެ.

  559. 107:4

    فَوَيْلٌ لِّلْمُصَلِّينَ

    Fawaylul lil-muṣalleen,

    ފަހެ ނަމާދުކުރާމީހުންނަށް ނަރަކައިގެ ގަދަ ޢަޒާބު ހުންނަހުއްޓެވެ.

  560. 107:5

    ٱلَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ

    ʹAllaẓeena hum ʻañ ṣalaatihim saahoon,

    އެމީހުންނަކީ ނަމާދުގެމަތީން ހަދާންނެތި އަދި غَافِلُ ވެގެންތިބެފައި ގޮސް ނަމާދުކުރާމީހުންނެވެ. (އެއީ شَرْعِى ޢުޒުރެއްނެތި ވަގުތު ލަސްކޮށްފައިގޮސް ނަމާދު ކުރާމީހުން ކަމުގައި ބެލެވެއެވެ.) ނުވަތަ އެއީ މުނާފިޤުން ކުރާގޮތަށް ނަމާދުކުރާމީހުންނެވެ. އެއީ މީހުން ބަލަންތިބިއްޔާ ގޮސް ނަމާދު ކޮށްފައި މީހުން ބަލަންނެތިއްޔާ ނަމާދު ނުކުރާމީހުން ކަމުގައި ބުނެވުނެވެ.

  561. 107:6

    ٱلَّذِينَ هُمْ يُرَآءُونَ

    ʹAllaẓeena hum yuraaaʹoona,

    އެމީހުންނަކީ ދެއްކުމަށް (އަޅުކަން) ކުރާމީހުންނެވެ.

  562. 107:7

    وَيَمْنَعُونَ ٱلْمَاعُونَ

    Wa-yamnaʻoonal MAAʻOON.

    އަދިއެމީހުންނަކީ الْمَاعُونَ މަނާކުރާމީހުންނެވެ. (އެއީ ވަޅި ފުރޯ އުދަލި ފަދަ އަދިމިނޫންވެސް ގެވެހިކަންވާރެވެ. އެއީ ވަގުތީގޮތަށް ބޭނުންކޮލާފައި ގެނައުމަށް ގެންދެވޭ ތަކެއްޗެވެ.) އެފަދަތަކެތި އެގޮތުގެމަތީންދިނުމަކީ އެދެވޭކަމެކެވެ.

  563. Surah Al-KawtharBegins here at 108:1

  564. 108:1

    إِنَّآ أَعْطَيْنَـٰكَ ٱلْكَوْثَرَ

    ʹInnaaa ʹaʻṭaynaakal kaws̤ar.

    (އޭ رَسُولُ الله އެވެ!) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް كَوْثَرُ އެވެކިއުނު އާރު ދެއްވީމެވެ. (كَوْثَرُ އަކީ ސުވަރުގޭގައިވާ އާރެކެވެ. އެއީ رَسُولُ الله ﷺ އަށާއި އެކަލޭގެފާނުންގެ އުއްމަތަށް الله ދެއްވާފައިވާ خَاصَّ كَرَامَة އެކެވެ. މާތްކަމެކެވެ. އެއާރުން ބޯންގެންގުޅޭނެ ތަށިތައް އުޑުގެ ތަރިހާގިނަވާނެއެވެ. އެއާރުން ބޯނީ އީމާންތެރިމާތްމީހުންނެވެ. بِدْعَة ވެރިންނަށް އެއާރުން ނުބޮވޭނެއެވެ. އެމީހުން އެތަނުން ދުރުކުރެވޭނެއެވެ.)

  565. 108:2

    فَصَلِّ لِرَبِّكَ وَٱنْحَرْ

    Faṣalli li-Rabbika wanḥar.

    ފަހެ ކަލޭގެފާނުންގެ رب އަށް ކަލޭގެފާނުން ނަމާދުފުޅު ކުރަށްވާށެވެ. އަދި قُرْبَان ކުރައްވާށެވެ.

  566. 108:3

    إِنَّ شَانِئَكَ هُوَ ٱلْأَبْتَرُ

    ʹInna shaaniʹaka huwal ʹabtar.

    ހަމަކަށަވަރުން ކަލޭގެފާނު ރުޅިއަރުވާމީހާއީ ދުނިޔެއާއި آخِرَةُ ގެ އެންމެހައި ހެވަކުން ކެނޑިގެންވާ މީހެކެވެ. (ނުވަތަ ދަރިންގެ އެހީ ނެތްމީހަކީ އެއީއެވެ.)

  567. Surah Al-KafirunBegins here at 109:1

  568. 109:1

    قُلْ يَـٰٓأَيُّهَا ٱلْكَـٰفِرُونَ

    Q̣ul yaaaʹayyuhal KAAFIROON!

    (އޭ رَسُولُ الله އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. އޭކާފަރުންނޭވެ.

  569. 109:2

    لَآ أَعْبُدُ مَا تَعْبُدُونَ

    Laaa ʹaʻbudu maa- taʻbudoon,

    ކަލޭމެން (ﷲ ފިޔަވައި އަޅުކަންކުރާ ބުދާއި އެހެނިހެންވެސް ތަކެއްޗަށް) އަހުރެން އަޅުކަން ނުކުރާ ހުށީމެވެ.

  570. 109:3

    وَلَآ أَنتُمْ عَـٰبِدُونَ مَآ أَعْبُدُ

    Wa-laaa ʹañtum ʻaabidoona maaa ʹaʻbud.

    އަދި އަހުރެން އަޅުކަންކުރާ ފަރާތަށް (ﷲ އަށް) އަޅުކަންކުރާނޭ ބަޔަކުކަމުގައި ކަލޭމެން ނުވެއެވެ.

  571. 109:4

    وَلَآ أَنَا۠ عَابِدٌ مَّا عَبَدتُّمْ

    Wa-laaa ʹana ʹaabidum maa ʻabattum,

    އަދި ކަލޭމެން އަޅުކަން ކުރި ތަކެއްޗަށް އަދި ކުރާ ތަކެއްޗަށް އަޅުކަން ކުރާނެ މީހަކު ކަމުގަ ތިމަން ކަލޭގެފާނު ނުވަމުއެވެ.

  572. 109:5

    وَلَآ أَنتُمْ عَـٰبِدُونَ مَآ أَعْبُدُ

    Wa-laaa ʹañtum ʻaabidoona maaa ʹaʻbud.

    އަދި އަހުރެން އަޅުކަން މިކުރާފަރާތަށް (ﷲ އަށް) އަޅުކަން ކުރާނޭ ބަޔަކުކަމުގައި ތިޔަބައިމީހުން ނުވެއެވެ.

  573. 109:6

    لَكُمْ دِينُكُمْ وَلِىَ دِينِ

    Lakum Deenukum wa-liya Deen.

    ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަހުރެންނަށް އަހުރެންގެ ދީނެވެ.

  574. Surah An-NasrBegins here at 110:1

  575. 110:1

    إِذَا جَآءَ نَصْرُ ٱللَّهِ وَٱلْفَتْحُ

    ʹIẓaa jaaaʹa NAṢRUL LAAHI wal-Fatḥ,

    ،(2) (އޭ ރަސޫލުﷲ އެވެ!) ކަލޭގެ ފާނުންގެ عداوة ތެރިންގެ މައްޗަށް ކަލޭގެފާނަށް ނަސްރުލިބިވަޑައިގެން އަދި مَكَّة فَتَحَ ވެ އަދި މީސްތަކުން ބައިބަޔަށް އައިސް އިސްލާމުދީނަށް ވަންނަތަން ކަލޭގެފާނަށް ފެނިވަޑައިގެންފިއްޔާ

  576. 110:2

    وَرَأَيْتَ ٱلنَّاسَ يَدْخُلُونَ فِى دِينِ ٱللَّهِ أَفْوَاجًا

    Waraʹaytan naasa yadkhuloona fee Deenil laahi ʹafwaajaa,

    ،(2) (އޭ ރަސޫލުﷲ އެވެ!) ކަލޭގެ ފާނުންގެ عداوة ތެރިންގެ މައްޗަށް ކަލޭގެފާނަށް ނަސްރުލިބިވަޑައިގެން އަދި مَكَّة فَتَحَ ވެ އަދި މީސްތަކުން ބައިބަޔަށް އައިސް އިސްލާމުދީނަށް ވަންނަތަން ކަލޭގެފާނަށް ފެނިވަޑައިގެންފިއްޔާ

  577. 110:3

    فَسَبِّحْ بِحَمْدِ رَبِّكَ وَٱسْتَغْفِرْهُ ۚ إِنَّهُۥ كَانَ تَوَّابًۢا

    Fasabbiḥ bi-Ḥamdi Rabbika wastag̣firh. ʹInna-Hoo kaana Tawwaabaa.

    ދެން ކަލޭގެފާނުންގެ رَبُّ އަށް حَمْدُ ކުރެއްވުމާއި އެކު تَسْبِيْحَ ވިދާޅުވާށެވެ. އަދި އެކަލާނގެ حَضْرَةُ ގައި أَسْتِغْفَارُ ކުރައްވާށެވެ. ހަމަކަށްވަރުން އެކަލާނގެ ވޮޑިގެންވަނީ ގިނަގިނައިން تَوْبَة ގަބޫލު ކުރައްވާ ކަލަކު ކަމުގައެވެ.

  578. Surah Al-MasadBegins here at 111:1

  579. 111:1

    تَبَّتْ يَدَآ أَبِى لَهَبٍ وَتَبَّ

    Tabbat yadaaa ʹAbee Lahabiñw watabb!

    أَبُولَهَبُ ގެ ދެ އަތް ހަލާކުވެއްޖެއެވެ. ނުވަތަ އޭނާ ކުރިހާ މަސައްކަތް ހަލާކު ވެއްޖެއެވެ. އަދި އޭނާވެސް ހަލާކުވެއްޖެއެވެ. (أَبُولَهَبُ އަކީ عبد المطَّلب ގެ عبد العزَّى އެވެ. رسول الله ﷺ ގެ ބޮޑު ބޭބެއެކެވެ. އެކަލޭގެ ފާނާއި عداوة ތެރިކަން ގަދަ ކާފަރެކެވެ.)

  580. 111:2

    مَآ أَغْنَىٰ عَنْهُ مَالُهُۥ وَمَا كَسَبَ

    Maaa ʹag̣naa ʻanhu maaluhoo wa-maa kasab.

    އޭނާގެ މުދަލަކުންވެސް އަދި އޭނާގެ ދަރިއެއްގެ ފަރާތުންވެސް އޭނާއަކަށް قيَامة ދުވަހުން އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެއެވެ.

  581. 111:3

    سَيَصْلَىٰ نَارًا ذَاتَ لَهَبٍ

    Sayaṣlaa Naarañ ẓaata lahab,

    ޤިޔާމަތްދުވަހުން އޭނާ ލެވޭނީ ހުޅުގަނޑުގެ ވެރި އަލިފާނަކަށެވެ. ނަރަކައިގެ އަލިފާނެވެ.

  582. 111:4

    وَٱمْرَأَتُهُۥ حَمَّالَةَ ٱلْحَطَبِ

    Wamraʹatuh: ḥammaalatal ḥaṭab,

    އަދި އޭނާގެ އަންހެނުން (أُمُّ جميل) ވެސް ލެވޭނީ އަލިފާނަށެވެ. އެ އަންހެންމީހާއަކީ رسول الله ﷺ ވަޑައިގަންނަވާ މަގުމައްޗަށް ކަށިގަސް އަޅާ މީހާއެވެ. (އެއީ رسول الله ﷺ އާއި عداوة ތެރިކަން ގަދަ މީހެކެވެ.)

  583. 111:5

    فِى جِيدِهَا حَبْلٌ مِّن مَّسَدٍۭ

    Fee jeedihaa ḥablum mim masad!

    އަދި އޭނާގެ ކަރުގައި އަނބުރާފައިވާ ވާފަށެއްވެއެވެ. ބުނެވެނީ އެވާފަށަކީ އޭނާ ދުނިޔޭގައި އުޅުނުއިރު ކަރުގައި އޮންނަ އަގުބޮޑު ހާރެއްކަމަށެވެ. އޭނާ لات އާއި عزّى ގަންދީ ހުވައިކޮށްފާ ބުނީ އެ ހާރު ޚަރަދުކުރާނީ محمد ގެ ފާނަށް عداوة ތެރިވުމުގައެވެ. ދެންފަހެ ޤިޔާމަތްދުވަހުން އެ ހާރު އަލިފާނުގެ ހާރަކަށްބަދަލުވެ އޭނާގެ ކަރުގައި އެޅެވޭނެއެވެ. ނުވަތަ އޭނާގެ އަނގައިން އޭގެ އެއްކޮޅު ވަދެ އަނެއްކޮޅު ފުރަގަހުން ނުކުންނާނެކަމަށެވެ. والله أعلم. = فَتْحُ القدير =

  584. Surah Al-IkhlasBegins here at 112:1

  585. 112:1

    قُلْ هُوَ ٱللَّهُ أَحَدٌ

    Q̣ul Huwal laahu ʹAḥad;

    (އޭ رَسُول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ އެއްކައުވަންތަ ﷲ އެވެ.

  586. 112:2

    ٱللَّهُ ٱلصَّمَدُ

    ʹAllaahuṣ Ṣamad;

    އެކަލާނގެއީ އަޅުތަކުން އެންމެހައި ބޭނުންތަކެއްގައި ދަންނަވާ އަދި އެކަންކަން ފުއްދަވައިދެއްވާ ﷲ އެވެ.

  587. 112:3

    لَمْ يَلِدْ وَلَمْ يُولَدْ

    Lam yalid; wa-lam yoolad;

    އެކަލާނގެއަށް އެއްވެސް ދަރިއެއް ދަރިކަނބަލެއް ވިއަސް ނުވެއެވެ. (އެއީ އެކަލާނގެ އާއި އެކަށީގެންވާ ކަމެއް ނޫނެވެ.) އަދި އެކަލާނގެއީ އެއްވެސް މީހެއްގެ ދަރިއެއް ނޫނެވެ.

  588. 112:4

    وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ

    Wa-lam yakul la-Hoo kufuwan ʹaḥad.

    އަދި އެކަލާނގެއާ ކުފޫހަމަވާ (އެއްވެސް ނަޡަރަކުން އެކަލާނގެ އާއި އެއްވަރު ވެވޭނޭ) ހަމަ އެކަކުވެސް ނުވެއެވެ. އެއްވެސް ފަރާތެއް ނުވެއެވެ.

  589. Surah Al-FalaqBegins here at 113:1

  590. 113:1

    قُلْ أَعُوذُ بِرَبِّ ٱلْفَلَقِ

    Q̣ul ʹaʻooẓu bi-Rabbil Falaq̣,

    (އޭ رَسُول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރި رَبُّ ގެ ޙަޟްރަތުން ތިމަންކަލޭގެފާނު ސަލާމަތާއި ޙިމާޔަތާއި ރައްކާތެރިކަން ލިބިގަންނަމެވެ.

  591. 113:2

    مِن شَرِّ مَا خَلَقَ

    Miñ sharri maa- khalaq̣:

    އެއީ އެކަލާނގެ ހެއްދެވި ތަކެތީގެ ނުބައިކަމުންނެވެ. (އެބަހީ ނުބައި ކަމެއް އެއެއްޗެއްގައިވާ ކޮންމެ އެއްޗަކުންނެވެ.)

  592. 113:3

    وَمِن شَرِّ غَاسِقٍ إِذَا وَقَبَ

    Wa-miñ sharri g̣aasiq̣in ʹiẓaa waq̣ab,

    އަދި (ރޭގަނޑުގެ) އަނދިރިކަން އައިސް އަނދިރިކަން ފެތުރިގަނެއްޖެއްޔާ އެއަނދިރިކަމުންވެސް ރައްކާތެރިވެ ސަލާމަތްވުމަށް ފަތިހުގެ ވެރި رَبُّ ޙަޟްރަތުން އެދެމެވެ.

  593. 113:4

    وَمِن شَرِّ ٱلنَّفَّـٰثَـٰتِ فِى ٱلْعُقَدِ

    Wa-miñ sharrin Naffaas̤aati fil ʻuq̣ad,

    އަދި سِحْر ހަދާފައި ގޮށްޖަހައި އެގޮށަށް ފުމޭ އަންހެނުންގެ ނުބައި ކަމުންވެސް ޙިމާޔަތް ލިބިގަންނަނީ ފަތިހުގެ ވެރި رَبُّ ގެ ޙަޟްރަތުންނެވެ.\nދަންނައެވެ. سِحْر ހެދުމުގައި އަންހެނުންނަކީ ބޮޑުބައެއް ކުޅޭ ބައެއް ކަމުގައި ވީތީ އަންހެނުންގެ ނަން އައިސްފައިވަނީ ކަމުގައި ފެނެއެވެ. والله أعلم.

  594. 113:5

    وَمِن شَرِّ حَاسِدٍ إِذَا حَسَدَ

    Wa-miñ sharri ḥaasidin ʹiẓaa ḥasad.

    އަދި حَسَد ވެރިން ލާ حَسَد ގެ ނުބައިކަމުންވެސް ސަލާމަތް ކޮށްދެއްވައި ރައްކާތެރިކަމަށްވެސް ފަތިހުގެ ވެރި رَبُّ ގެ ޙިމާޔަތާއި ސަލާމަތް ލިބިގަންނަމެވެ.\nމިހުރިހައި ނުބަޔަކުން ސަލާމަތްވެ ރައްކާތެރި ވުމަށް ފަތިހުގެވެރި رَبُّ ގެ ޙިމާޔަތާއި ސަލާމަތަކަން ލިބިގަންނަމެވެ.

  595. Surah An-NasBegins here at 114:1

  596. 114:1

    قُلْ أَعُوذُ بِرَبِّ ٱلنَّاسِ

    Q̣ul ʹaʻooẓu bi-Rabbin NAAS,

    (رَسُول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެ! އެންމެހައި މީސްތަކުން ހައްދަވައި ތަރުބިއްޔަތުކުރައްވައި އެއްމެހައި މީސްތަކުންވެރި رَبُّ

  597. 114:2

    مَلِكِ ٱلنَّاسِ

    Malikin Naas,

    އަދި އެންމެހަމީސްތަކުންގެ ވެރި

  598. 114:3

    إِلَـٰهِ ٱلنَّاسِ

    ʹIlaahin Naas,

    އަދި އެންމެހައިމީސްތަކުންގެ إِلَهُ (މީސްތަކުން އެފަރާތަށް އަޅުކަން ކުރުން حَقُّ ވެގެންވާ إِلَهُ) ކަމުގައިވާ ކަލާނގެ حَضْرَةُ ން މިއަޅާ ސަލާމަތާއި ރައްކާތެރިކަމާއި އަދި حِمَايَةُ ލިބިގަންނަނީ

  599. 114:4

    مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ

    Miñ sharril Waswaasil khan-Naas,

    خَنَّاسُ އެކިއުނު އިބްލީހުގެވަސްތަކުން ސަލާމަތްވެ ރައްކާތެރި ވުމަށެވެ. خَنَّاسُ އަކީ ނިވައިވެ ވަންހަނާވެ ފަހަތަށް ޖެހޭ އެއްޗެވެ. ފަހެ ﷲގެ އަޅާ އެކަލާނގެ އަށް ذِكْرُ ކޮށް އެކަލާނގެ ހަދާންކުރުމުން އެއިބްލީސް ނިވައިވެ ވަންހަނާވެ ފަހަތަށް ޖެހެއެވެ. އަދި ﷲގެ އަޅާ އެކަލާނގެ އަށް ذِكْرُ ނުކޮށް އެކަލާނގެ މަތިން ހަދާން ނެތިއްޖެއްޔާ އެއިބްލީސް ފާޅުވެ ވަސްވާސްދޭންފަށައެވެ.\nވަސްވާހަކީ އަޑަކާއި ނުލައި ހިތަށްވައްދާ ވާހަކަތަކާއި ޚިޔާލު ތަކެވެ.

  600. 114:5

    ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ

    ʹAllaẓee yuwaswisu fee ṣudoorin Naas,

    خَنَّاسُ އެވެކިޔޭ އިބްލީސް މީސްތަކުންގެ ހިތްތަކަށް ވަސްވާސްކުރެއެވެ.

  601. 114:6

    مِنَ ٱلْجِنَّةِ وَٱلنَّاسِ

    Minal Jinnati wan-Naaṣ

    ޖިންނީންގެތެރޭގައްޔާއި އަދި އިންސާނުންގެތެރޭގައިވެސް މި خَنَّاسُ އުޅެއެވެ. ޖިންނީންގެ خَنَّاسُ އިންސާނުންނަށް ވަސްވާސްކުރެއެވެ. އަދި އިންސާނުންގެ خَنَّاسُ ޖިންނިންނަށް ވަސްވާސް ކުރެއެވެ. މިއީ އާޔަތުގެ އެއްތަރުޖަމާއެވެ. އަނެއްތަރުޖަމާއަކީ؛ خَنَّاسُ އެވެކިއުނު އިބްލީސް އިންސާނުންނަށާއި އަދި ޖިންނީންނަށްވެސް ވަސްވާސްކުރެއެވެ. މިއެވެ. މިދެގޮތަށް ތަރުޖަމާވެއެވެ. والله أعلم.