-
1
وَٱلسَّمَآءِ ذَاتِ ٱلْبُرُوجِ
Was-Samaaaʹi ẓaatil BUROOJ;
ބުރުޖުތަކުގެވެރި އުޑުގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.\n• ދަންނައެވެ! މިއާޔަތުގައިވާ ބުރުޖު ގެމުރާދަކާއިމެދު مُفَسِّرُ ންގެބަސްތަފާތު ވެގެންވެއެވެ. އެބޭކަލުންވިދާޅުވި މާނަތަކުގެތެރޭގައި އަންނަނިވިމާނަތައްވެއެވެ. އެއީ ބޮޑެތި ތަރިތައް، އުޑުގައިވާ ގަޑުވަރުތަކެއް، އިރާއި ހަނދާއި ދަތުރުކުރާ މަންޒިލްތައް މިއެވެ. އަދި މިނޫންގޮތްގޮތަށްވެސް ކިޔައިފާވެއެވެ.
-
2
وَٱلْيَوْمِ ٱلْمَوْعُودِ
Wal-Yawmil Mawʻood;
އަދި قِيَامَة ދުވަސް ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.
-
3
وَشَاهِدٍ وَمَشْهُودٍ
Wa-Shaahidiñw Wa-Mashhood;
އަދި ހުކުރު ދުވަހާއި ޢަރަފާތް ދުވަހާއި (ވެސް ގަންދެއްވައި ހުވައި ވަޙީކުރަށްވައެވެ.)
-
4
قُتِلَ أَصْحَـٰبُ ٱلْأُخْدُودِ
Q̣utila ʹaṣḥaabul ʹukhdood,―
أُخْدُودُ ގެ ވެރިންނަށް لَعْنَة ލެވިއްޖެއެވެ. أُخْدُودُ އަކީ ބިމުގައި ކޮނެފައި އޮންނަ ދިގު ވަޅުގަނޑެވެ.
-
5
ٱلنَّارِ ذَاتِ ٱلْوَقُودِ
ʹAnnaari ẓaatil Waq̣ood:
އެވަޅުގަނޑަކީ އޭގައި ދަރުއަޅާ ރޯކޮށްފައިވާ ވަޅުގަނޑެވެ.
-
6
إِذْ هُمْ عَلَيْهَا قُعُودٌ
ʹIẓ hum ʻalayhaa q̣uʻood,
،(7) އެއީ (އެބަހީ އެކާފަރުންނަށް لَعنة ލެއްވުނީ) އެ ކާފަރުންގެ މީހުން އެ އަލިފާންގަނޑު ކައިރީގައި އިށީންދެ ތިބެ ހީހަދައި އަދި އެމީހުން އެތާ އިށީންދެ ތިބެނީ މުއުމިނުންނަށް ދޭ އަނިޔާއާއި ޢަޒާބުތައްދެކެ އެކަމަށް މަޖާނަގައި ހެދިކަމަށްޓަކައެވެ. ބެލުމަށްޓަކައެވެ. އެކަމަށް ޙާޟިރު ވެގެންނެވެ.
-
7
وَهُمْ عَلَىٰ مَا يَفْعَلُونَ بِٱلْمُؤْمِنِينَ شُهُودٌ
Wa-hum ʻalaa maa- yafʻaloona bilmuʹmineena shuhood.
،(7) އެއީ (އެބަހީ އެކާފަރުންނަށް لَعنة ލެއްވުނީ) އެ ކާފަރުންގެ މީހުން އެ އަލިފާންގަނޑު ކައިރީގައި އިށީންދެ ތިބެ ހީހަދައި އަދި އެމީހުން އެތާ އިށީންދެ ތިބެނީ މުއުމިނުންނަށް ދޭ އަނިޔާއާއި ޢަޒާބުތައްދެކެ އެކަމަށް މަޖާނަގައި ހެދިކަމަށްޓަކައެވެ. ބެލުމަށްޓަކައެވެ. އެކަމަށް ޙާޟިރު ވެގެންނެވެ.
-
8
وَمَا نَقَمُوا۟ مِنْهُمْ إِلَّآ أَن يُؤْمِنُوا۟ بِٱللَّهِ ٱلْعَزِيزِ ٱلْحَمِيدِ
Wa-maa naq̣amoo minhum ʹillaaa ʹañy yuʹminoo billaahil ʻAzeezil Ḥameed,―
އެ ކާފަރުންގެ މީހުން އެ މުއުމިނުންނަށް ޢަޒާބުދީ މަރާ ހަދަނީ އެ މުއުމިނުންގެ މީހުން ގަދަ ކީރިތިވަންތަ އަދި حَمد ލިބިވޮޑިގެންވާ ﷲ އަށް އީމާންވީކަމުގެ ސަބަބުންނެވެ. އެހެންކަމެއްނޫނެވެ. ދަންނައެވެ. މި އާޔަތުގައި ذِكر ކުރެވިގެން މިދަނީ އިސްލާމްދީން އައުމުގެ ކުރީ އުޅުނުބައެއްގެ ވާހަކައެވެ. އެބައިމީހުންގެ ރަސްގެފާނަކަށް އިނީ އެއްކައުވަންތަކަމަށް دعوى ކުރާޖައްބާރު ވެރިއެކެވެ. ދެންފަހެ އޭނާގެ ރަތްޔިތުންކުރެ ބަޔަކު އޭރު އޮތް ސަމާވީދީނަށް ވަދެ އިސްލާމްވުމުން އެކަމާ ރުޅިއަރައިގެން އެ ރަސްގެ ފާނުންގެ އަމުރަށް ބިމުގައި ވަޅުގަނޑެއް ކޮނެ އޭގައި އަލިފާންރޯކޮށް އިސްލާމްދީން ދޫކޮށް ކާފަރުނުވި ކޮންމެ މީހަކު އެ އަލިފާންގަނޑަށް ލައި އެންދީއެވެ. މުމިނުން ދީން ދޫކުނުރިއެވެ. އެ ޢަޒާބު މުއުމިނުން ނަށް ދޭތަން ބަލަން ކާފަރުންގެ މީހުން ތިބީ އަލިފާންގަނޑު ކައިރީގައި އިށީންދެގެން މަޖާނަގާށެވެ. މުމިނުންގެ ކުށަކަށް އޮތީ ހަމައެކަނި އެމީހުން الله އަށް އީމާން ވީ ކަމެވެ (މިކަމެއް ހިގައިފާވަނީ نَجْرَانُ އެވެކިޔާ ރަށެއްގައިކަމުގައިވިއެވެ.). وَالله أعلم.
-
9
ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ شَهِيدٌ
ʹAllaẓee lahoo mulkus samaawaati wal-ʹarḍ: Wallaahu ʻalaa kulli shayʹiñ Shaheed.
އެ ﷲ އީ އެކަލާންގެއަށް އުޑުތަކާއި ބިމުގެ އެންމެހާތަކެތި މިލްކުވެގެންވާ حَمد އާއި تَعْريف ލިބި ވޮޑިގެންވާ ގަދަފަދަވަންތަ ކަލާންގެއެވެ. އެކަލާނގެ ކޮންމެކަމަކަށް ހެކިވެ ވޮޑިގެންވެއެވެ. މިކާފަރުން މުއުމިނުންނަށް އެކުރިއަނިޔާއަށްވެސް ހެކިވެވޮޑިގެންވެއެވެ.
-
10
إِنَّ ٱلَّذِينَ فَتَنُوا۟ ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ ثُمَّ لَمْ يَتُوبُوا۟ فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ ٱلْحَرِيقِ
ʹInnal laẓeena fatanul Muʹmineena wal-muʹminaati s̤umma lam yatooboo falahum ʻaẓaabu Jahannama wa-lahum ʻAẓaabul ḥareeq̣.
ހަމަކަށަވަރުން މުއުމިނުންގެ މީހުން އަލިފާނުން އަންދާ ޢަޒާބު ދިންމީހުން އެމީހުންހުން އެކުށުން އެމީހުން ތައުބާ ނުވިއްޔާ އެމީހުންނަށް ޤިޔާމަތް ދުވަހުން ހުންނަހުށީ ނަރަކައިގެ ޢަޒާބު އެވެ. އަނދައަނދާ ހުރި އަލިފާނުގެ ޢަޒާބު އެވެ.
-
11
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ جَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۚ ذَٰلِكَ ٱلْفَوْزُ ٱلْكَبِيرُ
ʹInnal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati lahum Jannaatuñ tajree miñ taḥtihal ʹanhaar: ẓaalikal Fawzul kabeer.
އަދި ހަމަކަށަވަރުން އީމާންވެގެން صَالِحُ عَمَلُ ކުރިމީސްތަކުން ދަންނައެވެ. އެމީހުންނަށް قِيَامَة ދުވަހުން ހުންނަހުށީ އެތަންތާގެދަށުން އާރުތައްދެމިދެމިހުންނަ ބަގީޗާތަކެވެ. ސުވަރުގެތަކެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.
-
12
إِنَّ بَطْشَ رَبِّكَ لَشَدِيدٌ
ʹInna Baṭsha Rabbika lashadeed.
(އޭ رِسُولُ الله އެވެ!) ކަލޭގެފާނުންގެ رِبُّ ކުށްވެރިންގެކިބައިން ބަދަލު ހިތްޕެވުން ގަދަފަދަވެގެންވެއެވެ.
-
13
إِنَّهُۥ هُوَ يُبْدِئُ وَيُعِيدُ
ʹInna-Hoo Huwa yubdiʹu wa-yuʻeed.
ހަމަކަށަވަރުން އެކަލާނގެއީ އެންމެހައި ޚަލްޤުތަކުން އިސްވެދިޔަ އެއްވެސް މިސާލެއްނެތި ފަށައިގެން ހައްދަވާކަލާނގެއެވެ. އަދި މަރުވުމަށްފަހު އަލުން ދިރުއްވައި مَحْشَر ކުރައްވާނޭކަލާނގެއެވެ.
-
14
وَهُوَ ٱلْغَفُورُ ٱلْوَدُودُ
Wa-Huwal G̣afoorul Wadood,
އަދިއެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ލޯބިވެތިވެގެންވާ ކަލާނގެއެވެ.
-
15
ذُو ٱلْعَرْشِ ٱلْمَجِيدُ
Ẓul ʻArshil Majeed.
އެކަލާނގެއީ މާތްވެގެންވާ عَرْشِ ގެވެރިކަލާނގެއެވެ. ނުވަތަ އެކަލާނގެއީ ބޮޑުވެގެންވާ عَرْشِ ގެވެރިކަލާނގެއެވެ. އޯގާވަންތަކަމާއި ދީލަތިވަންތަކަން އޭގެ ނިހާޔަތުގައިވާކަލަނގެއެވެ.
-
16
فَعَّالٌ لِّمَا يُرِيدُ
Faʻ-ʻaalul limaa yureed.
އަދި އެކަލާނގެއީ އެކަލާނގެ އެދިވޮޑިގަންނަވާކޮންމެކަމެއް އެދިވޮޑިގެންނެވި ފަދައަކުން ކުރައްވާކަލާނގެއެވެ. އަދިއެކަމެއް މަނާކުރެވޭނެ އެއްވެސްފަރާތެއްނުވާ ކަލާނގެއެވެ.
-
17
هَلْ أَتَىٰكَ حَدِيثُ ٱلْجُنُودِ
Hal ʹataaka ḥadees̤ul Junood―
(އޭ رِسُولُ الله އެވެ!) ސިފައިންގެ ޖަމާޢަތްތަކުގެ ވާހަކަތައް ކަލޭގެފާނާއި ހަމައަށް އަތުވެއްޖެތޯއެވެ؟ އެބަހީ رسُولُ ބޭކަލުން ދޮގުކުރި ޖަމާޢަތްތަކުގެ خَبَرُ ކަލޭގެފާނަށް އަތުވެއްޖެތޯއެވެ؟
-
18
فِرْعَوْنَ وَثَمُودَ
Firʻawna wa-S̤amood?
އެއީ فِرْعَوْنُ ގެ ޤައުމުގެމީހުންނާއި ثَمُوْدُ ބާގައިގެމީހުންނެވެ. އެދެޖަމާޢަތުގެނަން ذِكْرُ ކުރެވިފައިވަނީ އެދެޖަމާޢަތް أهْلُ كِتَابُ ންގެގާތުގައި މަޝްހޫރުވެގެންވާތީއެވެ.
-
19
بَلِ ٱلَّذِينَ كَفَرُوا۟ فِى تَكْذِيبٍ
Balil laẓeena kafaroo fee takẓeeb!
އަދިކިއެއްހެއްޔެވެ. މައްކާގެ ކާފަރުންއެވަނީ ބޮޑުވެގެންވާ ދޮގު ކުރުމެއްގައެވެ. އެމީހުން އެވަނީ رسُولُ ﷲ ގެފަނާއި އެކަލޭގެފާނު ގެންނެވި ތަކެއްޗާއިމެދު ބޮޑުދޮގުކުރުމެއްގައެވެ.
-
20
وَٱللَّهُ مِن وَرَآئِهِم مُّحِيطٌۢ
Wallaahu miñw waraaaʹihim Muḥeeṭ!
އަދި الله އެވަނީ އެމީހުންގެފަހަތުގައި ހުރިހާކަމަކަށް ކުޅަދުންވަންތަވެވޮޑިގެން ބައްލަވާށެވެ. (އެމީހުންނަށްވެސް އިސްވެދި އުއްމަތްތަކަށް ދެއްވިފަދަ عَذَابُ އެއްދެއްވުމަށް ކުޅަދުންވަންތަވެވޮޑިގެންނެވެ.
-
21
بَلْ هُوَ قُرْءَانٌ مَّجِيدٌ
Bal Huwa Q̣urʹaanum Majeed,
އަދިކިއެއްހެއްޔެވެ. އެ قُرْآن އަކީ މާތްކަމާއި ޝަރަފުވެރިކަމާއި އަދިކީރިތިކަން އޭގެނިހާޔަތަށް ގޮސްފައިވާފޮތެކެވެ.
-
22
فِى لَوْحٍ مَّحْفُوظٍۭ
Fee Lawḥim Maḥfooz̤̣!
އެފޮތްވަނީ لَوْحُ المَحْفُوْظُ ގައި ލިޔެވިގެންނެވެ. ރައްކާތެރިވެގެންވާ ފިލައިގާ ލިޔެވިގެންނެވެ. شَيْطَان ންގެ އަތްތަކެއް އެއަކަށް ނުފޯރާނެއެވެ. މާތްވެގެންވާ طَاهِرُ މަލާއިކަތްބޭކަލުންނޫނީ އޭގައި ނުބީހެއެވެ.