-
1
وَٱلنَّـٰزِعَـٰتِ غَرْقًا
Wan-NAAZIʻAATI g̣arq̣aa;
ކާފަރުންނާއި ނުބައި ނުލަފާމީހުންގެ ފުރާނަތައް އެމީހުން މަރުވާ ވަގުތު ގަދަފަދަ ކަމާއިއެކު އެމީހުންގެ ހަށިތަކުން ދަމައިގަންނަވާ މަލާއިކަތްބޭކަލުން ގަންދެއްވަވައިﷲ ހުވައި وَحِي ކުރައްވައެވެ.
-
2
وَٱلنَّـٰشِطَـٰتِ نَشْطًا
Wan-naa-shi-ṭaati nashṭaa;
އަދި ހީވަގިކަމާއި އޯގާވެރިކަމާއި އެކު މުއުމިނުންގެ ފުރާނަތައްއެހަށިތަކުން ވަކި ކުރައްވާ މަލާއިކަތް ބޭކަލުން ގަންދެއްވަވައިﷲ ހުވައި وَحِي ކުރައްވައެވެ.
-
3
وَٱلسَّـٰبِحَـٰتِ سَبْحًا
Wassaabiḥaati sabḥaa,―
އަދި ﷲގެ އަމުރުފުޅާއިގެން އުޑުން އަވަސްއަވަހަށް ފައިބާވަޑައިގަންނަވާ މަލާއިކަތްބޭކަލުން ގަންދެއްވަވައި ﷲ ހުވައި وحي ކުރައްވައެވެ.
-
4
فَٱلسَّـٰبِقَـٰتِ سَبْقًا
Fassaabiq̣aati sabq̣aa,
ފަހެ مؤمن ންގެ ފުރާނަތަކާއިގެން ސުވަރުގެޔަށް އަވަސްވެވަޑައިގަންންނަވާ މަލާއިކަތްބޭކަލުން ގަންދެއްވައި ﷲ ހުވައި وَحِي ކުރައްވައެވެ.
-
5
فَٱلْمُدَبِّرَٰتِ أَمْرًا
Fal-mudabbiraati ʹamraa.
ދުނިޔޭގެ ކަންތައް ތަދުބީރު ކުރެއްވުމާއިގެން ﷲ ގެ حَضْرَة ން ފައިބާ ވަޑައިގަންންނަވާ މަލާއިކަތް ބޭކަލުން ގަނދެއްވައި ﷲ وَحِي ކުރައްވައެވެ. ދަންނައެވެ. މިމުހިއްމު ފަސްފަރާތް ގަންދެއްވައި ﷲ ހުވައި وَحِي ކުރައްވަނީ ހަމަކަށަވަރުން ކަލޭމެން މަރުވުމަށްފަހު އަލުންދިރުއްވައި مَحْشَر ކުރައްވައި ދުނިޔޭގައި ކޮށްފައިވާ ޢަމަލުތަކުގެ ޚަބަރު އަންގަވައި އެއަށްފުރިހަމަ ޖަޒާދެއްވާނެ ކަމަށެވެ. އެއީ ނުވެނުދާނޭކަމެކެވެ. މިއީ އެހުވައިތަކުގެ ޖަވާބެވެ. ވީމާ އެކަންކަން އެގޮތަށް ހިންގަވާނެއެވެ.
-
6
يَوْمَ تَرْجُفُ ٱلرَّاجِفَةُ
Yawma tarjufur raajifah,
އެއީ ފުރަތަމަ ތާޅަފިލި ފުމެލެއްވޭދުވަހެވެ. (އެދުވަހުން ގަދަވެގެންވާ ބިންހެލުމެއްއައިސް އެންމެހާތަކެތި މަރުވެ ފަނާވެގެން ހިގައިދާނެއެވެ.)
-
7
تَتْبَعُهَا ٱلرَّادِفَةُ
Tatbaʻuhar Raadifah:
ދެންއެޔާ ވިދިގެން ދެވަނަ ތާޅަފިލި ފުންމަވައި ލައްވާނެއެވެ. އެދެމެދުގައި ސާޅީސް އަހަރުވާނެކަމަށްحَدِيْث ގައި صَحَّ ކޮށްއައިސްފައިވެއެވެ.
-
8
قُلُوبٌ يَوْمَئِذٍ وَاجِفَةٌ
Q̣uloobuñy Yaw-maʹiẓiñw waajifah,
އެދުވަހުން ބައެއްމީހުންގެ ހިތްތައްބިރުވެރިކަން ބޮޑުވެ ހާސްވެގެންވާނެއެވެ. އެއީނުބައި ނުލަފާމީހުންގެ ހިތްތަކެވެ.
-
9
أَبْصَـٰرُهَا خَـٰشِعَةٌ
ʹAbṣaaruhaa khaashiʻah.
އަދި އެމީހުންގެ ލޯތައްހުންނާނީ ޖެހެންހުރި މުސީބާތުގެ ބޮޑުކަމުން ދެރަވެ ފެންކަޅިވެ ހިތާމަވެރިވެފައެވެ.
-
10
يَقُولُونَ أَءِنَّا لَمَرْدُودُونَ فِى ٱلْحَافِرَةِ
Yaq̣ooloona ʹa-ʹinnaa lamardoodoona fil ḥaafirah?―
އެފަދަމީހުން ދުނިޔޭގައި އުޅުނުއިރު ރަސޫލުބޭކަލުންވަޑައިގެން ދީނަށްގޮވައިލައްވާ އަދި قياَمة އަށް ފޮނުއްވާ ވާހަކަ ވިދާޅުވީމާ އެމީހުން ބުނަނީ އަހުރެމެން ދެންދިރިގެން ދެވަނަފަހަރަށްވެސް އަންނާނޭ ހެއެއްޔެވެ؟ އެއީ މަލާމާތަށް ބުނާބުނުމެކެވެ. އަދި ބުނެއެވެ. އެއީ އެއްގޮތަކަށްވެސް ވާނޭކަމެއްނޫނެވެ.
-
11
أَءِذَا كُنَّا عِظَـٰمًا نَّخِرَةً
ʹAʹiẓaa kunnaa ʻiz̤̣aaman nakhirah?
އަހުރެމެން މަރުވެގޮސް ކަށިތައްފީވެ އަޅިއަށްވީމާ އަލުން ދިރިގެން ދެވަނަފަހަރަށްمَحْشَرކުރެވޭނެހެއްޔެ؟
-
12
قَالُوا۟ تِلْكَ إِذًا كَرَّةٌ خَاسِرَةٌ
Q̣aaloo tilka ʹiẓañ karratun khaasirah!
އެހެންކަމަށްވަންޏާ އެއީ ވަރަށްވެސް ގެއްލުން ބޮޑުވެގެންވާ އެއްކުރެއްވުމެކެވެ. (އެމީހުން އެހެން އެބުނަނީ މަލާމާތްކުރުމުގެ ގޮތުންނާއި އިންކާރު ކުރުމުގެ ގޮތުންނެވެ.) އޭގެ ޖަވާބުގައި ﷲ އެ وَحِي ކުރައްވަނީ އަންނަނިވި ފަދައިންނެވެ.
-
13
فَإِنَّمَا هِىَ زَجْرَةٌ وَٰحِدَةٌ
Faʹinnamaa hiya zajratuñw Waaḥidah,
އެކަން ކަންވާނެކަން ކަށަވަރީ އެންމެފަހަރަކު ތާޅަފިލި ފުންމަވާލެއްވުމެއްކަމުގައެވެ. އެބަހީ މީސްތަކުންދިރިގެންތެދުވުންވާނީ އެންމެ ފަހަރަކު ތާޅަފިލި ފުންމަވާލެއްވުމުންނެވެ. އެއީ ދެވަނަތާޅަފިއްޔެވެ.
-
14
فَإِذَا هُم بِٱلسَّاهِرَةِ
Faʹiẓaa hum̃ bissaahirah.
އެހައިރުން އެންމެހައި މީސްތަކުން ތިބޭނީ ބިމުގެތެރެއިން ނުކުމެ ބިމުގެ މަތީގައެވެ. ލޯތައްހުޅުވައިގެން ބަލަބަލައެވެ. ނުނިދާނެއެވެ. އެބިމަށްކިޔަނީ سَاهِرة އެވެ. އެބިމަށްއެނަންކިއުނީވެސް މީސްތަކުން އެގޮތަށް ނުނިދައި ތިބޭތީކަމުގައެވެ. އަދި އެއީ ރިހިކުލައިގެ ބިމެއްކަމުގައި ބުނެވުނެވެ. وَاللهُ أعْلَم • ދަންނައެވެ. މިސޫރަތް ފެށުނުތާގައިވާ وَالنَّازِعَاتِ - وَالنَّاشِطَاتِ - وَالسَّابِحَاتِ - فَالسَّابِقَاتِ - فَالْمُدَبِّرَاتِ މިފަސްކަލިމައާއިމެދު مُفَسِّرُ ންގެ ބަސްތަފާތުވެގެންވެއެވެ. ތަފާތުގޮތްގޮތަށް ބުނެވިފައި ވެއެވެ. އަޅުގަޑު ލިޔެފައި މިވަނީ ގިނަބޭކަލުން ވިދާޅުވިގޮތެވެ. ނަމަވެސް...\n• ބައެއްބޭކަލުން ވިދާޅުވެފައިވަނީ އެއީ އިންސާނާގެ ނަފުސުގެ ފަސްޙާލަތުކަމުގައެވެ. • އަނެއްބައިބޭކަލުންވިދާޅުވަނީ އެއީ މަރުކަމުގައެވެ. • އަނެއްބައިބޭކަލުންވިދާޅުވަނީއެއީ ތަރިތަރިކަމުގައެވެ. އަދިމިނޫން ގޮތްގޮތަށްވެސް ބުނެވިފައިވެއެވެ. އަދި އެއިންކޮންމެ ބަހަކަށްވެސް تَوْجِيْه އެއްވެއެވެ. އެވާހަކަތައް އެހެންވަގުތަކުން ދަންނަވާނީއެވެ. • ކޮންމެއަކަސް ދެވަނަފަހަރަށް ދިރިގެން مَحْشر އަށް ފޮނުއްވެމުގެ މައްސަލަ ދޮގުކުރި މީހުން އަދި ދޮގުކުރަމުންދާމީހުން ވަރަށް ގިނައެވެ. އިސްވެދިޔަ أمة ތަކުގައިވެސް رَسُول ބޭކަލުން ދޮގުކުރުމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެއީ އެވެ. قِيامة ދޮގުކުރުމެވެ. އެހެންނަމަވެސް އެއީ ދުވާލުގެ އިރަށްވުރެ އަލިގަދަ ދަލީލު ހުރިކަމެކެވެ. عَقلى ދަލީލާއި نَقلى ދަލީލެވެ. ދުނިޔޭގެ މިއޮއްބޮޑު ކާރުޚާނާގައިވެސް ނަތީޖާއެއް އޮންނަންވާނެއެވެ. ކުދިކުދި ކާރުޚާނާތަކުގައިވެސް ގަޑިޔަށް ފަރުވާބަހައްޓާމީހުންނާ ބަރާބަރަށް މަސައްކަތް ކުރާމީހުންނަށް ބޮޑު އުޖޫރަ ދެއްވުން އޮވެއެވެ. އެއީ އެންމެން ދަންނަކަމެކެވެ. އެހެންވީއިރު މި ކާރުޚާނާގައިވެސް ރަނގަޅަށް މަސައްކަތްކުރި މީހުންނާއި ފަރުވާބެހެއްޓި މީހުންނަށް މަތީ ދަރަޖަ ހުންނާނެކަމީ ޝައްކެއް ހުރި ކަމެއްނޫނެވެ. ފަރުވާކުޑަކޮށް ގަޑިޔަށާއި މަސައްކަތަށް މަކަރު ހެދި މީހުންނަށް މުސާރައިން ކެނޑެންޖެހޭނެއެވެ. އެކަން އޮންނާނީ އަހަރީ ރިޕޯޓް އިއްވާ ދުވަހުންނެވެ. އެއީ قِيامة ދުވަހެވެ. ވަނަވަނައަށް އިނާމާއި ކުށްވެރިންނަށް އަދަބު އޮންނަންޖެހޭނެކަން ސަލާމަތް ބުއްދިއަކަށް ވިއްޔާ ޤަބޫލު ކުރެވޭނެއެވެ. މިއި عَقلى ދަލީލެވެ. نَقلى ދަލީ އަދިއެހާގިނައެވެ.
-
15
هَلْ أَتَىٰكَ حَدِيثُ مُوسَىٰٓ
Hal ʹataaka ḥadees̤u Moosaa?
އޭ (رَسُول اللهއެވެ!) ހަމަކަށަވަރުން عِمْرَانُ ގެދަރިކަލުން مُوسَى عَلَيْهِ السَّلآم ގެ خَبَرُ ކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެއެވެ. ނުވަތަ އެވާހަކަ ކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެތޯއެވެ؟ (މިދެގޮތަށްވެސް މާނަކުރައްވާފައިވެއެވެ.)
-
16
إِذْ نَادَىٰهُ رَبُّهُۥ بِٱلْوَادِ ٱلْمُقَدَّسِ طُوًى
ʹIẓ naadaahu Rabbuhoo bil-waadil muq̣addasi Ṭuwaa:
އެއީ އެކަލޭގެފާނުންގެ رَبُّ طُوَى އެވެކިޔޭ مُقَدَّس ބަރަކާތްތެރި ވާދީގައި އެކަލޭގެފާނަށް ނިދާ އިއްވެވިހިދުގައެވެ.
-
17
ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ
ʹIẓhab ʹilaa Firʻawna ʹinnahoo ṭag̣aa;
އޭ مُوسَى عَلَيْهِ السَّلآم އެވެ. ކަލޭގެފާނު فرعون ގެ ގާތަށް ރަސޫލުކަމާއިގެން ވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އޭނާ ވަނީ ބޮޑާވެ ނުކިޔަމަންތެރި ވެގެންނެވެ.
-
18
فَقُلْ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ
Faq̣ul hal laka ʹilaaa ʹañ tazakkaa?―
އަދިކަލޭގެފާނުން އޭނާގެ ގާތަށްވަޑައިގެން ވިދާޅުވާށެވެ. (އޭ فِرْعَونُ އެވެ.) މަނިކުފާނު ފަހެ ޝިރުކުކުރެއްވުން ދޫކޮށްލައްވައި އަދި ނުބައި ކަންތައްތައްދޫކޮށް ލައްވައި طَاهِر ވެވަޑައިނުގަންނަވާނުތޯއެވެ؟ (الله تَعَالَى مُوسَى عَلَيْه السَّلآم އަށް އަންގަވާފައިވަނީ މައިތިރިބަހުން އެނާއާއިމެދު ވިދާޅުވުމަށެވެ.)
-
19
وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ
Wa-ʹahdiyaka ʹilaa Rabbika fatakhshaa?
(مُوسَى عَلَيْه السَّلآم فِرْعَونُ އަށް ވިދާޅުވިއެވެ. އަހުރެން މަނިކުފާނުންގެ رَبُّ ގެފަރާތަށް މަނިކުފާނަށް މަގުދައްކަވާހުށީމެވެ. އޭރުން އެކަލާނގެއަށް ބިރުވެތިވަޑައިގަތުން އެކަށީގެންވެއެވެ.
-
20
فَأَرَىٰهُ ٱلْـَٔايَةَ ٱلْكُبْرَىٰ
Faʹaraahul ʹAayatal Kubraa.
ފަހެ مُوسَى عَلَيْه السَّلآم އޭނާއަށް ބޮޑުވެގެންވާ مُعْجِزَة ދެއްކެވިއެވެ. އެއީ އެކަލޭގެފާނުންގެ އަސާކޮޅު ކަމުގައި އަދި އަތްޕުޅުކަމުގައި ބުނެވުނެވެ.
-
21
فَكَذَّبَ وَعَصَىٰ
Fakaẓẓaba wa-ʻaṣaa:
ފަހެ އޭނާ مُوسَى عَلَيْه السَّلآم ގެރަސޫލުކަން ދޮގުކޮށް الله އަށް އުރެދިއްޖެއެވެ.
-
22
ثُمَّ أَدْبَرَ يَسْعَىٰ
S̤umma ʹadbara yasʻaa,
ދެން އޭނާ އީމާންކަމަށް ފުރަގަސްދީފިއެވެ. އަދި مُوسَى عَلَيْه السَّلآم އާއި އިދިކޮޅަށް މަސައްކަތްކުރަންފަށައިފިއެވެ.
-
23
فَحَشَرَ فَنَادَىٰ
Faḥashara fanaadaa,
،(24) ދެންފަހެ އޭނާމީސްތަކުން އެއްކޮށް ޖަމާކުރިއެވެ. އަދި މީސްތަކުންނަށް އޭނާގޮވައިލީ " އަހުރެންނަކީ ކަލޭމެންގެ އެންމެ މަތީ رَبُّ އެވެ. " މިފަދައިންނެވެ.
-
24
فَقَالَ أَنَا۠ رَبُّكُمُ ٱلْأَعْلَىٰ
Faq̣aala ʹana Rabbukumul ʹaʻlaa.
،(24) ދެންފަހެ އޭނާމީސްތަކުން އެއްކޮށް ޖަމާކުރިއެވެ. އަދި މީސްތަކުންނަށް އޭނާގޮވައިލީ " އަހުރެންނަކީ ކަލޭމެންގެ އެންމެ މަތީ رَبُّ އެވެ. " މިފަދައިންނެވެ.
-
25
فَأَخَذَهُ ٱللَّهُ نَكَالَ ٱلْـَٔاخِرَةِ وَٱلْأُولَىٰٓ
Faʹakhaẓahul laahu nakaalal ʹAakhirati wal-ʹoolaa.
ފަހެ الله تَعَالَى އޭނާ ހިތްޕަވައިފިއެވެ. ހަލާކު ކުރައްވައިފިއެވެ. (ކަނޑުގައި غَرَقُ ކުރައްވައިގެންނެވެ.) އެއީ އޭނާބުނިދެބަހެއްގެ ސަބަބުންނެވެ. (مَاعَلِمْتُ لَكُمْ مِنْ إلَهٍ غَيْرِى މިބަހާއި أَنَا رَبُّكُمُ الْأَعْلَىٰ މިބަހެވެ.
-
26
إِنَّ فِى ذَٰلِكَ لَعِبْرَةً لِّمَن يَخْشَىٰٓ
ʹInna fee ẓaalika laʻibratal limañy yakhshaa.
ހަމަކަށަވަރުން އެކަންކަމުގައި އެބަހީ فِرْعَونُ ގެ حَا دِثَة ގައި الله އަށްބިރުވެތިވާ ބަޔަކަށް عِبْرَة އާއި وَعْظُ نَصِيْحَة ވެއެވެ.
-
27
ءَأَنتُمْ أَشَدُّ خَلْقًا أَمِ ٱلسَّمَآءُ ۚ بَنَىٰهَا
ʹA-ʹañtum ʹa-shaddu khalq̣an ʹamis samaaaʹ? Banaahaa:
(قياَمة ދުވަސްދޮގުކޮށް އެކަމަށް އިންކާރުކުރާ އެންމެންނޭވެ.) އުދަގޫވެފައި ބުރަކަމަކަށްވާނީ ދެވަނަފަހަރަށް ކަލޭމެން ހައްދަވައި مَحْشَرُ ކުރެއްވުން ހެއްޔެވެ؟ ނުވަތަ އުޑު ހެއްދެވުންހެއްޔެވެ؟ (އެއްވެސްމިސާލެއްނެތި އިންސާނާހައްދަވައި އޭނާގެ ކަންތައް ބަރާބަރު ކުރެއްވި ކަލަކަށް އޭނާމަރުވުމަށްފަހު ދެވަނަފަހަރަށް ހައްދަވައި مَحْشَرُ ކުރެއްވުން މާފަސޭހަވާނެކަން ކޮންމެ ސަލާމަތް ބުއްދިއަކަ ރަނގަޅަށްއެނގޭނެއެވެ. މިހެނީ މިއޮއްބޮޑެތި އުޑުތައްމިހާފުރިހަކޮށް ބަދަހިކޮށް ހެއްދެވުން އިންސާނާ ހެއްދެވުމަށްވުރެ މާއުދަގޫވެފައި ބަރުވާނެއެވެ. އަދި މިއިން އެއްވެސްކަމަކީ الله تَعَالَى އަށްދަތިކަމެއްނޫނެވެ.
-
28
رَفَعَ سَمْكَهَا فَسَوَّىٰهَا
Rafaʻa sam-kahaa fasawwaahaa.
އެކަލާނގެ އުޑު އުސްކުރައްވައި ބިމުގެ ފުރާޅެއްފަދައިން ލެއްވިއެވެ. އަދިއެއުޑުގެ ހުރިހާކަމެއްބަރާބަރު ކުރެއްވިއެވެ.
-
29
وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَىٰهَا
Wa-ʹag̣ṭasha laylahaa wa-ʹakhraja ḍuḥaahaa.
އަދިއެއުޑުގެ ރޭގަޑު އަދިރިކުރައްވައި އަދި ދުވާލު އަލިކޮށް ފާޅުކޮށްނެރުއްވިއެވެ.
-
30
وَٱلْأَرْضَ بَعْدَ ذَٰلِكَ دَحَىٰهَآ
Wal-ʹarḍa baʻda ẓaalika daḥaahaa;
އުޑުހެއްދެވުމަށްފަހު ދެން އެކަލާނގެ ބިންފެތުރުއްވެވިއެވެ.
-
31
أَخْرَجَ مِنْهَا مَآءَهَا وَمَرْعَىٰهَا
ʹAkhraja minhaa maaa-ʹahaa wa-marʻaahaa;
އަދި ބިންގަނޑުގެތެރެއިން ފެންނުކުންނާނޭގޮތް ހައްދަވައި އަދި ފަތްޕިލާވެލި އެތާފެޅުއްވިއެވެ.
-
32
وَٱلْجِبَالَ أَرْسَىٰهَا
Wal-jibaala ʹarsaahaa;
އަދި ބިންގަނޑު ނުގުޑޭނޭގޮތުން އެބިމުގައި އެކަލާނގެ ފަރުބަދަތައް ޖެއްސެވިއެވެ.
-
33
مَتَـٰعًا لَّكُمْ وَلِأَنْعَـٰمِكُمْ
Mataaʻal lakum wa-liʹanʻaamikum.
(އޭއިންސާނުންނޭވެ.) މިހުރިހާކަމަކީވެސް ކަލޭމެންނާއި ކަލޭމެންގެ نَعَم ސޫފިތަކުގެ މަންފާއެއްގެ ގޮތުންވާ ކަންކަމެވެ.
-
34
فَإِذَا جَآءَتِ ٱلطَّآمَّةُ ٱلْكُبْرَىٰ
Faʹiẓaa jaaaʹatiṭ ṭaaammatul Kubraa,―
ދެންފަހެ ތާޅަފިލި ފުންމަވައި ލައްވައިފިއްޔާ (އެއީ ދެވަނަތާޅަފިއްޔެވެ.)
-
35
يَوْمَ يَتَذَكَّرُ ٱلْإِنسَـٰنُ مَا سَعَىٰ
Yawma yataẓakkarul ʹiñsaanu maa- saʻaa,
އެދުވަހުން އިންސާނާ ކަށްވަޅުން ނުކުމެ އޭނާދުނިޔޭގައި ކުރިހާކަމެއް ހަދާންކުރާނެއެވެ. އަދި މީސްތަކުންގެ ޢަމަލުތައްހުންނާނީ ލިޔެވި އެމީހުންގެ ކުރިމަތީހާމަވެގެންނެވެ.
-
36
وَبُرِّزَتِ ٱلْجَحِيمُ لِمَن يَرَىٰ
Wa-burrizatil Jaḥeemu limañy yaraa.
އަދި ދެކޭމީހަކު ދުށުމަށް ނަރަކަ ފާޅުކުރެވޭނެއެވެ. (ފަހެ މުއުމިނުމީހާ އެނަރަކަފެނުމުން الله އޭނާއަށް ދެއްވާފައިވާ ގިނަގުނަ نِعْمَة ހަދާންކޮށް އެނަރަކައިން ސަލާމަތްވީކަމުގެ އުފާކުރާނެއެވެ. އަދި ކާފަރުމީހާ އެނާގެ ހިތާމައިގެމައްޗަށް ހިތާމައިތުރުވާނެއެވެ.)
-
37
فَأَمَّا مَن طَغَىٰ
Faʹammaa mañ ṭag̣aa,
ފަހެ ކާފަރުކަމާއި އުރެދުމުގައި ހައްދުފަހަނައަޅައިފިމީހާދަންނައެވެ.
-
38
وَءَاثَرَ ٱلْحَيَوٰةَ ٱلدُّنْيَا
Wa-ʹaas̤aral ḥayaatad dunyaa,
އަދިއެނާގެ آخِرَةُ ގެކަންތަކަށްވުރެ ދުނިޔޭގެކަންތައް އިސްކުރިމީހާ
-
39
فَإِنَّ ٱلْجَحِيمَ هِىَ ٱلْمَأْوَىٰ
Faʹinnal Jaḥeema hiyal maʹwaa.
ހަމަކަށަވަރުން އެނާގޮސް އޮންނާނެތަނަކީ ނަރަކައެވެ.
-
40
وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ
Wa-ʹammaa man khaafa Maq̣aama Rabbihee wa-nahan nafsa ʻanil hawaa,
އަދި ތިމާ ހައްދަވާބޮޑުކުރެއްވި رَبُّ ގެ حَضْرَةُ ގައި قِيَامَة ދުވަހުން ހުންނަންޖެހޭނެ މަގާމަކާއިމެދު ބިރުވެތިވެ އަދި ތިމާގެ ނަފުސު އެންމެހައި އުރެދުންތަކުން ދުރުކޮށް މަނާކޮށްފިމީހާ ދަންނައެވެ.
-
41
فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ
Faʹinnal Jannata hiyal maʹwaa.
ފަހެ އޭނާ قِيَامَة ދުވަހުން ހަމަޖެހި ހުންނާނެތަނަކީ ސުވަރުގެއެވެ. އަދިއެތާގެ نِعْمَة ތަކެވެ.
-
42
يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا
Yasʹaloonaka ʻanis Saaʻati ʹayyaana mursaahaa?
(އޭ رَسُولُ الله އެވެ.) قِيَامَة ވާނެ ވަގުތަކާއިމެދު އެމީހުން ކަލޭގެފާނާއި ސުވާލު ކުރެއެވެ.
-
43
فِيمَ أَنتَ مِن ذِكْرَىٰهَآ
Feema ʹañta miñ ẓikraahaa?
އެހެންނަމަވެސް އެވާހަކަ ކަލޭގެފާނާދެއްކުމުގެ ދެންއޮތީކޮން ކަމެއްހެއްޔެވެ؟
-
44
إِلَىٰ رَبِّكَ مُنتَهَىٰهَآ
ʹIlaa Rabbika Muñtahaahaa.
އެކަމުގެ އެންމެހައި އެގުމެއްވަނީ ހަމަކަށަވަރުން ކަލޭގެފާނުންގެ رَبُّ ގެ حَضْرَةُ ގައެވެ. އެހެން އެއްވެސް ފަރާތަކަށް އެކަންނޭގޭނެއެވެ.
-
45
إِنَّمَآ أَنتَ مُنذِرُ مَن يَخْشَىٰهَا
ʹInnamaaa ʹañta muñẓiru mañy yakhshaahaa.
ކަލޭގެފާނުންވާކަން ކަށަވަރީ އެދުވަހަށްބިރުވެތިވާމީކަށް އެދުވަހުގެ ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައެވެ.
-
46
كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوٓا۟ إِلَّا عَشِيَّةً أَوْ ضُحَىٰهَا
Kaʹannahum Yawma yarawnahaa lam yalbas̤ooo ʹillaa ʻashiyyatan ʹaw ḍuḥaahaa!
އެ قِيَامَة ދުވަހުގެ ބިރުވެރިކަން ފެންނަހިދު އެމީހުން ކޮންފަދަ ހެއްޔެވެ. އެމީހުންނަށް ހީވާނީ އެމީހުން ދުނިޔޭގައި އުޅުނީ ދުވާލެއްގެ ހަވީރުގެވަގުތުކޮޅެއްގައިހެންނެވެ. ނުވަތަ ދުވާލެއްގެ ހެދުނުގެ ވަގުތުކޮޅެއްގައިހެންނެވެ.