Back to Quran

ސޫރަތްތައް 90

Al-Balad

The City · Makki · 20 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    لَآ أُقْسِمُ بِهَـٰذَا ٱلْبَلَدِ

    Laaa ʹuq̣simu bihaaẓal Balad;

    މި މައްކާ ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރަށްވަމެވެ.

  2. 2

    وَأَنتَ حِلٌّۢ بِهَـٰذَا ٱلْبَلَدِ

    Wa-ʹañta ḥillum bihaaẓal Balad;

    (އޭ رَسُولُ الله!) ކަލޭގެ ފާނަށް އެރަށް ޙަލާލު ވެގެންވެއެވެ. (އެބަހީ الله ހުއްދަ ކޮށްދެއްވި ކުޑަވަގުތު ކޮޅެއްގައި ހަނގުރާމަކޮށް ޤަތުލުކުރުން ކަލޭގެފާނަށް ޙަލާލު ވެގެންވެއެވެ. އެއީ މައްކާ ފަތަޙަ ކުރެއްވިދުވަހު ހުއްދަވި ކުޑަވަގުތު ކޮޅެއްކަމުގައި ވާރިދުވެގެން އައިސްފައިވެއެވެ. ދެން އޭގެފަހުގައި އަލުންވެސް ކުރިން އޮތްފަދައިން حُرْمَة ތެރި ރަށެއްކަމުގައި އެރަށް ވެއްޖެއެވެ. وَالله أعلم)

  3. 3

    وَوَالِدٍ وَمَا وَلَدَ

    Wa-Waalidiñw Wamaa Walad;

    އަދި އާދަމްގެ ދަރިންކުރެ ކޮންމެ ބައްޕަޔަކާއި އަދި އޭނާޔަށް ލިބުނު ދަރިން ގަންދެއްވައި ހުވައި وحي ކުރަށްވަމެވެ. މި ދެހުވައިގެ ޖަވާބަކީ

  4. 4

    لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِى كَبَدٍ

    Laq̣ad khalaq̣nal ʹiñsaana fee kabad.

    ހަމަކަށަވަރުން އިންސާނާ ތިމަންރަސްކަލާނގެ ހެއްދެވީ އުނދަގުލާއި ބުރަ އުފުލާ މީހެއްގެ ގޮތުގައެވެ.

  5. 5

    أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ

    ʹAyaḥsabu ʹal lañy yaq̣dira ʻalayhi ʹaḥad?

    އަދި އެއްވެސް މީހަކު އޭނާގެ މައްޗަށް ކުޅަދާނަ ނުވާނެކަމަށް އެއިންސާނާ ހީކުރަނީހެއްޔެވެ؟ (އެބަހީ އޭނާ ކިތަންމެ ފާފައެއް ކޮށް އުޅޭނެގޮތަކަށް އުޅުނަސް އޭނާޔަށް ޢަޒާބެއްދީ ބަދަލު ހިފޭނެމީހަކު ނެތްކަމަށް އޭނާ ހީކުރަނީހެއްޔެވެ؟)

  6. 6

    يَقُولُ أَهْلَكْتُ مَالًا لُّبَدًا

    Yaq̣oolu ʹahlaktu maalal lubadaa!

    އަދި އޭނާ ބުނެއެވެ. (އިސްލާމްދީނާއި رسول ﷺ އާއި ޢަދާވާތް ތެރި ވުމުގައި) އަހުރެން އެތައްބައިވަރު ގިނަ ޢަދަދެއްގެ މުދާ ހޭދަކޮށް ހަލާކު ކޮށްފީމެވެ.

  7. 7

    أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ

    ʹAyaḥsabu ʹal lam yarahooo ʹaḥad?

    އަޅެފަހެ އޭނާޔާއި އޭނާ ކުރާ ކަންތައް އެކަކުވެސް ނުދެކޭނެކަމަށް އޭނާ ހީކުރަނީހެއްޔެވެ؟ (އެހެންނުވާނެއެވެ. ﷲ އޭނާގެ ހުރިހާކަމެއް ދެނެވޮޑިގެންވެއެވެ.)

  8. 8

    أَلَمْ نَجْعَل لَّهُۥ عَيْنَيْنِ

    ʹAlam najʻal lahoo ʻaynayn?―

    ފަހެ އޭނާޔަށް ތިމަންރަސްކަލާނގެ ދެލޯ ނުދެއްވަންހެއްޔެވެ؟ (އެބަހީ ދެއްވީމެވެ.)

  9. 9

    وَلِسَانًا وَشَفَتَيْنِ

    Wa-lisaanañw Washafatayn?―

    އަދި ދުލަކާއި ދެ ތުންފަތްވެސް ނުދެއްވަންހެއްޔެވެ؟ (އެބަހީ ދެއްވީމެވެ.)

  10. 10

    وَهَدَيْنَـٰهُ ٱلنَّجْدَيْنِ

    Wa-hadaynaahun najdayn?

    އަދި ތިމަންރަސްކަލާނގެ އޭނައަށް ދެމަގު ދެއްކެވީމެވެ. އެއީ ހެޔޮމަގާއި ނުބައި މަގެވެ. އޭނާ ބޭނުންމަގެއް އިޚްތިޔަރު ކުރާށެވެ.\nދަންނައެވެ. މިތާ މި ސިފަވެގެންދާ މީހަކީ أَبُو الأَشدين ކިޔާ ކާފަރެއް ކަމުގައި ވެއެވެ. އެއީ އިސްލާމްދީނަށާއި رسول ﷺ އަށް ވަރަށް ޢަދާވަތްތެރި މީހެއްކަމުގައި ވިއެވެ. އެ ޢަދާވަތްތެރި ކަން ގަދަކުރުމަށް ގިނަ މުދާތައްވެސް އޭނާ ހޭދަކުރި ކަމުގައި ވެއެވެ. تفسير (أيسر التفاسير)

  11. 11

    فَلَا ٱقْتَحَمَ ٱلْعَقَبَةَ

    Falaq̣ taḥamal ʻaq̣abah.

    ފަހެ އޭނާ عَقَبة ފަހަނައަޅައި ނުދެއެވެ. ނުވަތަ އެނާ عقبة ފަހަނައަޅައިދާނެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ. (އެބަހީ އޭނާގެ އެ ގިނަ މުދަލުން ހޭދަކޮށްގެން عقبة ފަހަނައަޅައި ދިޔަނަމަ ކިހާ ރަނގަޅުހެއްޔެވެ؟ އެ أبو الأَشدين އެހުރިހާ މުދާ عقبة ފަހަނައަޅައި ދިއުމަށް ބޭނުންކުރިނަމަ ކިހާ ރަނގަޅު ހެއްޔެވެ؟

  12. 12

    وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ

    Wa-maaa ʹadraaka mal ʻaq̣abah?―

    އަދި عقبة އެއީ ކޮން އެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއް ހެއްޔެވެ؟

  13. 13

    فَكُّ رَقَبَةٍ

    Fakku raq̣abah.

    އެއީ އަޅުން މިނިވަންކުރުމެވެ.

  14. 14

    أَوْ إِطْعَـٰمٌ فِى يَوْمٍ ذِى مَسْغَبَةٍ

    ʹAw ʹiṭʻaamuñ fee yawmiñ ẓee masg̣abah,

    ނުވަތަ ބަނޑުހައި ހޫނުކަމުގައި ވާމީހާއަށް ކާއެތިކޮޅު ފޯރުކޮށްދިނުމެވެ. ކާން ދިނުމެވެ.

  15. 15

    يَتِيمًا ذَا مَقْرَبَةٍ

    Yateemañ ẓaa maq̣rabah,

    އެބަހީ ގާތްތިމާގެ ޔަތީމްއަށް (ކާއެތިކޮޅު ދިނުމެވެ.)

  16. 16

    أَوْ مِسْكِينًا ذَا مَتْرَبَةٍ

    ʹAw miskeenañ ẓaa matrabah.

    ނުވަތަ ވެލީގެވެރި މިސްކީނަކަށް ކާއެތިކޮޅު ދިނުމެވެ. (އެބަހީ ފަޤީރުކަމުން ވެލިނޫން އެހެންއެއްޗެއްނެތް ނުވަތަ ބިންމަތީ އޮށޯވެ އޮތުމުގެ ސަބަބުން ވެލި ހޭކިފައިވާ ގެއެއްދޮރެއް ކާއެތިކޮޅެއް ފޭރާމެއް ނެތް މިސްކީނަކަށް ކާއެތިކޮޅު ދިނުމެވެ.) (عَقبة އަކީ މިކަންކަމެވެ.)

  17. 17

    ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ

    S̤umma kaana minal laẓeena ʹaamanoo wa-tawaaṣaw biṣṣabri wa-tawaaṣaw bil-Marḥamah.

    އަދި އެފަދަ ހެޔޮކަންތައްކުރާމީހާ އީމާންވެގެންވާ މީހުންގެތެރެއިން ވުމާއެކު ކެއްތެރި ވުމުގެ މައްޗަށް އެކަކު އަނެކަކަށް ވަޞިތްޔަ ކޮށް ހެދި މީހަކު ކަމުގައި ވެއެވެ. އަދި އެކަކު އަނެކަކުގެ މައްޗަށް ރަޙްމަތް ބެހެއްޓުމަށްވެސް ވަޞިތްޔަތް ކުރާމީހަކު ކަމުގައި އޭނާވެއެވެ.

  18. 18

    أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْمَيْمَنَةِ

    ʹUlaaaʹika ʹAṣḥaabul Maymanah.

    އެފަދަ އެފަދަ މީހުން ދަންނައެވެ. އެމީހުންނަކީ ކަނާތްފަރާތުގެ އެކުވެރިންނެވެ. ނުވަތަ އެމީހުންނީ ޤިޔާމަތް ދުވަހުން އެމީހުންގެ ޢަމަލުގެ ފަތް ކަނާތައްލިބޭނެ ރަނގަޅު މީހުންނެވެ.

  19. 19

    وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِنَا هُمْ أَصْحَـٰبُ ٱلْمَشْـَٔمَةِ

    Wallaẓeena kafaroo biʹAayaatinaa hum ʹAṣḥaabul mashʹamah.

    އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފަރުވީ މީސްތަކުން ދަންނައެވެ. އެމީހުންނަކީ ވައަތްފަރާތުގެ އެކުވެރިންނެވެ. ނުވަތަ އެމީހުންނީ ޤިޔާމަތް ދުވަހުން އެމީހުންގެ ޢަމަލުގެ ފަތް ވައަތްފަރާތުން ލިބޭނެ މީހުންވެ.

  20. 20

    عَلَيْهِمْ نَارٌ مُّؤْصَدَةٌۢ

    ʻAlayhim Naarum muʹṣadah.

    އެމީހުންނަށް ހުންނަހުށީ ބަންދުވެ ތަޅުލެވިގެންވާ ޢަޒާބެވެ. (އެފަދަ ކޮންމެ މީހަކު ޖަހަންނަމައިގެ ވަކިތާކަށްލެވި ވަކިން ބަންދު ކުރެވޭނެކަމުގައި ރިވާވެގެން ވެއެވެ.