Back to Quran

ސޫރަތްތައް 78

An-Naba

The Tidings · Makki · 40 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    عَمَّ يَتَسَآءَلُونَ

    ʻAMMA yatasaaaʹaloon?

    • ދަންނައެވެ! مُحَمَّدٌ صلّى الله عَلَيْهِ وَسَلَّمَ ނަބީކަމާއިގެން ފޮނުއްވައި އެކަލޭގެފާނު ﷲ ގެ އެއްކައުވަންތަ ކަމާއި ޤިޔާމަތް ދުވަހުގެ ވާހަކައާއި ޤުރްއާން ކިޔަވައި ވިދާޅުވުމާއި ގުޅިގެން އޭރު ތިބި މައްކާގެ މުޝްރިކުން އެއްބަޔަކު އަނެއްބަޔަކާ ސުވާލު ކުރަން ފެށިއެވެ. އެމީހުން ބުނެއެވެ. مُحَمَّد ގެ ފާނަށްވީ ކީއްހެއްޔެވެ؟ އެކަލޭގެފާނު އެ ގެންންނެވީ ކޮންއެއްޗެއް ހެއްޔެވެ؟ އެ ދައްކަވަނީ ކޮން ވާހަކައެއް ހެއްޔެވެ؟ މިބާވަތުގެ ސުވާލު ތަކުގެ ޖަވާބަކަށް މިސޫރަތް ބާވައި ލެއްވިކަމަށް މުފައްސިރުން ވިދާޅު ވިއެވެ. وَ الله أَعْلَم = ذبدة التفسير =\n އެމީހުން އެބަހީ (މުޝްރިކުން) އެއްބަޔަކު އަނެއް ބަޔަކާ ސުވާލުކޮށް އެހަދަނީ ކޮންކަމެއްގެ ވާހަކައިން ހެއްޔެވެ؟

  2. 2

    عَنِ ٱلنَّبَإِ ٱلْعَظِيمِ

    ʻAnin Nabaʹil ʻAz̤̣eem,

    ،(3) (ﷲ އެ ސުވާލަށް ޖަވާބު ދެއްވަނީއެވެ.) އެއީއެމީހުން އެކަމަކާއިގެން ދެބަސްވޭވޭ އެތިބޭ ބޮޑު خَبَر ގެ ވާހަކައިންނެވެ. (އެ خَبَر އަކީ قِيَامَة ދުވަހުގެ خَبَر ކަމާއި އަދި قُرْآن ގެخَبَرކަމާއި މިކަންކަމާއިމެދު مُفَسِّرُ ންގެބަސް ތަފާތެވެ. އާޔަތުގެ سِيَاقُ އަށްބަލާއިރު ބޮޑަށްގާތީ قِيَامَة ދުވަހުގެވާކަ ކަމަށެވެ. وَاللهُ أعْلَم.

  3. 3

    ٱلَّذِى هُمْ فِيهِ مُخْتَلِفُونَ

    ʹAllaẓee hum feehi mukhtalifoon.

    ،(3) (ﷲ އެ ސުވާލަށް ޖަވާބު ދެއްވަނީއެވެ.) އެއީއެމީހުން އެކަމަކާއިގެން ދެބަސްވޭވޭ އެތިބޭ ބޮޑު خَبَر ގެ ވާހަކައިންނެވެ. (އެ خَبَر އަކީ قِيَامَة ދުވަހުގެ خَبَر ކަމާއި އަދި قُرْآن ގެخَبَرކަމާއި މިކަންކަމާއިމެދު مُفَسِّرُ ންގެބަސް ތަފާތެވެ. އާޔަތުގެ سِيَاقُ އަށްބަލާއިރު ބޮޑަށްގާތީ قِيَامَة ދުވަހުގެވާކަ ކަމަށެވެ. وَاللهُ أعْلَم.

  4. 4

    كَلَّا سَيَعْلَمُونَ

    Kallaa sayaʻlamoon!

    އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. (ނޭނގިނުހުންނާނެއެވެ.) ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ.

  5. 5

    ثُمَّ كَلَّا سَيَعْلَمُونَ

    S̤umma kallaa sayaʻlamoon!

    ދެން އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. ނިކަންހުރެ އެމީހުންނަށްއެކަން އެނގިދާނެއެވެ.

  6. 6

    أَلَمْ نَجْعَلِ ٱلْأَرْضَ مِهَـٰدًا

    ʹAlam najʻalil ʹarḍa mihaadaa,

    ތިމަންރަސްކަލާނގެ ބިންގަނޑު ތަންމައްޗެއްކަމުގައި ނުލައްވަންހެއްޔެވެ؟ އެބަހީ ލެއްވީމެވެ. (އެއީ خَلْقُ ތަކުންއޭގެމަތީ އުޅެވޭތަނެއްގެ ގޮތުގައި ލެއްވި ވާހަކައެވެ.)

  7. 7

    وَٱلْجِبَالَ أَوْتَادًا

    Wal-jibaala ʹawtaadaa,

    (އަދި ދުނިޔެ ހެލިޙަރަކާތް ނުކުރެވޭނޭގޮތުން) ފަރުބަދަތައް ހަރުނުކުރައްވަންހެއްޔެވެ؟ އެބަހީ ހަރުކުރެއްވީމެވެ.

  8. 8

    وَخَلَقْنَـٰكُمْ أَزْوَٰجًا

    Wa-khalaq̣naakum ʹazwaajaa,

    އަދި ތިމަންރަސްކަލާނގެ ކަލޭމެން ޖޯޑު ޖޯޑަށް ހެއްދެވީމެވެ.

  9. 9

    وَجَعَلْنَا نَوْمَكُمْ سُبَاتًا

    Wa-jaʻalnaa nawmakum subaataa;

    އަދި ކަލޭމެންނަށް އަރާމެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭމެންނަށް ނިދިލެއްވީމެވެ.

  10. 10

    وَجَعَلْنَا ٱلَّيْلَ لِبَاسًا

    Wa-jaʻalnal layla libaasaa,

    އަދި ކަލޭމެން ފޭރާމުން ނިވައިވާފަދައިން ނިވައިވާ އެއްޗެއްކަމުގައި ތިމަންރަސްކަލާނގެ ރޭގަޑު ލެއްވީމެވެ.

  11. 11

    وَجَعَلْنَا ٱلنَّهَارَ مَعَاشًا

    Wa-jaʻalnan nahaara maʻaashaa?

    އަދި ދުވާލަކީ ދިރިއުޅުމުގެ މަސައްކަތްކުރާ ވަގުތެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.

  12. 12

    وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا

    Wa-banaynaa fawq̣akum sab-ʻañ shi-daadaa,

    އަދި ކަލޭމެންގެމަތީގައި ގަދަފަދަވެގެންވާ ހަތްއުޑު ތިމަންރަސްކަލާނގެ ހެއްދެވީމެވެ.

  13. 13

    وَجَعَلْنَا سِرَاجًا وَهَّاجًا

    Wa-jaʻalnaa Siraajañw wah-haajaa?

    އަދި މުޅިދުނިޔޭގެ نِظَاَم ފުރިހަމައަށްދެމިހުންނާނޭގޮތުން އަލިކޮށް ހޫނުކޮށްދޭ އެއްޗެއްކަމުގައި ތިމަންރަސްކަލާނގެ އިރުލެއްވީމެވެ. • ދަންނައެވެ. މިފަދަ ކަންތައްތައް މިހާމޮޅަށް ހައްދަވައި ތަރުތީބުކުރައްވައި މިފުރިހަމަ نِظَاَم ގެމަތިން ހިންގަވާ ކަލަކަށް މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި مَحْشَرُ ކުރައްވައި ޢަމަލުތަކަށް ޖަޒާދެއްވުން އުދަގޫވެ ވޮޑިގަންނަވާނެހެއްޔެވެ؟ އުދަގޫވެ ވޮޑިނުގަންނަވާނެކަން ކަށަވަރެވެ.

  14. 14

    وَأَنزَلْنَا مِنَ ٱلْمُعْصِرَٰتِ مَآءً ثَجَّاجًا

    Wa-ʹañzalnaa minal muʻṣiraati maaa-ʹañ s̤ajjaajaa,

    އަދި ފެންތައްފެލައިލާ ވިލާގަޑުން ބޯކޮށްވެހިގަންނަ ވާރޭފެން ތިމަން ރަސްކަލާނގެ ވެއްސެވީމެވެ.

  15. 15

    لِّنُخْرِجَ بِهِۦ حَبًّا وَنَبَاتًا

    Linukhrija bihee ḥabbañw wanabaataa,

    އެއީ އެފެނުގެ ސަބަބުން އޮށްޓަރާއި ފަތްޕިލާވެލި ތިމަންރަސްކަލާނގެ ނެރުއްވުމައްޓަކައެވެ. (އެއީ އިންސާނުންނާއި ޖަނަވާރުންގެ ކާނާއެއްގެ ގޮތުންނެވެ.)

  16. 16

    وَجَنَّـٰتٍ أَلْفَافًا

    Wa-Jannaatin ʹalfaafaa?

    އަދި ގޮތްގޮތަށް ގެތިފައިވާ ފަތްތައްބޯ ބަގީޗާތައް ތިމަންރަސްކަލާނގެ ނެރުއްވުމަށްޓަކައެވެ. (މިފަދަހުރިހާކަމެއް މިހާފުރިހަމަކޮށް ހިންގަވާފަރާތަކަށް ދެވަނަ ފަހަރަށް خَلْقُ ތަކުން ދިރުއްވައި مَحْشَرُ ކުރެއްވުން އުދަގޫވާނީ ކޮންފަދައަކުންތޯއެވެ؟ ނުވާނެކަން ކަށަވަރެވެ.)

  17. 17

    إِنَّ يَوْمَ ٱلْفَصْلِ كَانَ مِيقَـٰتًا

    ʹInna Yawmal Faṣli kaana meeq̣aataa,―

    ހަމަކަށަވަރުން خَلْقُ ތަކުންގެ މެދުގައި ހިސާބުބައްލަވާ فَيْصِلَة ކުރައްވާދުވަސް ވަނީ ވަގުތު ކަނޑައެޅިގެންވާ ދުވަހެއްކަމުގައެވެ. (އެވަގުތުޖެހުމުން އިސްފަސްނުވެ އެކަންކަން ހިގާނެއެވެ.)

  18. 18

    يَوْمَ يُنفَخُ فِى ٱلصُّورِ فَتَأْتُونَ أَفْوَاجًا

    Yawma yuñ-fakhu fiṣ Ṣoori fataʹtoona ʹafwaajaa;

    އެދުވަހަކީ ތާޅަފިލި ފުމެލެވޭދުވަހެވެ. އެދުވަހުން مَحْشَرُ ގެ މައިދާނަށް ބައިބަޔަށް އަދި ޖަމާޢަތް ޖަމާޢަތަށް ކަލޭމެން އެއްވެ ޖަމާވާހުއްޓެވެ.

  19. 19

    وَفُتِحَتِ ٱلسَّمَآءُ فَكَانَتْ أَبْوَٰبًا

    Wa-futiḥa-tis samaaaʹu fakaanat ʹabwaabaa,

    އަދި އެދުވަހުން މަލާއިކަތްބޭކަލުން ފައިބާވަޑައިގަތުމަށް އުޑުހުޅުވި އެ އުޑު ދޮރުތަކަކަށް ވެދާނެއެވެ.

  20. 20

    وَسُيِّرَتِ ٱلْجِبَالُ فَكَانَتْ سَرَابًا

    Wa-suyyi-ratil jibaalu fakaanat saraabaa.

    އަދި ފަރުބަދަތައް ހުރިތަނުންލުހެވި ކުދިކުދިވެ ވަޔަށް ބުރައިގެން ހިނގައިދާނެއެވެ. އަދި އެތަކެތި ކުރީއްސުރެ އެތާނެތްފަދައިންވެ މުޅިން އަވާމެންދުރެއްފަދައިން ވެދާނެއެވެ.

  21. 21

    إِنَّ جَهَنَّمَ كَانَتْ مِرْصَادًا

    ʹInna Jahannama kaanat mirṣaadaa,―

    ހަމަކަށަވަރުން އެދުވަހުން ނަރަކަ އޮންނާނީ އިންތިޒާރުކޮށްކޮށް ބަލަބަލައެވެ.

  22. 22

    لِّلطَّـٰغِينَ مَـَٔابًا

    Liṭ-ṭaag̣eena maʹaabaa:

    އެއީ ނުބަކަމުގައި ހައްދުފަހަނައަޅައިގެން ދިޔަމީހުންގެ ޖާގައެއްގެގޮތުން ބަލަބަލައެވެ.

  23. 23

    لَّـٰبِثِينَ فِيهَآ أَحْقَابًا

    Laa-bis̤eena feehaaa ʹaḥq̣aabaa.

    އެމީހުން އެނަރަކައިގާ އެތައްޒަމާންތަކަކުތިބޭނެއެވެ. މަރެއްވެސްނުވާނެއެވެ.

  24. 24

    لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا

    Laa- yaẓooq̣oona feehaa bar-dañw walaa- sharaabaa,

    އެމީހުންނަށް އެތާއެއްވެސް އަރާމެއް އަދިފިނިކަމެއް ނުވާނެއެވެ. އަދިއެއްވެސްބާވަތެއްގެ ބުއިމެއްވެސް ނުލިބޭނެއެވެ.

  25. 25

    إِلَّا حَمِيمًا وَغَسَّاقًا

    ʹIllaa ḥameemañwwa g̣assaaq̣aa,―

    ލިބޭނެބުއިމަކީ އޭގެހޫނުކަން ނިހާޔަތަށްގޮސްފައިވާ حَمِيْمُ ކިޔާހޫނުފެނާއި غَسَّاقُ އެވެކިޔާ ދިއެކެވެ. އެއީ ނަރަކަވަންތަވެރިންގެ ގައިންއޮހިގެންއަންނަ ދިޔަވަރުބޮނޑިއެވެ.

  26. 26

    جَزَآءً وِفَاقًا

    Jazaaaʹañw wifaaq̣aa.

    އެއީ އެމީހުން (ދުނިޔޭގައި ތިބެގެންކުރި ނުބައިޢަމަލު ތަކުގެ) ފުރިހަމަޖަޒާއެއްގެ ގޮތުންނެވެ.

  27. 27

    إِنَّهُمْ كَانُوا۟ لَا يَرْجُونَ حِسَابًا

    ʹInnahum kaanoo laa- yarjoona ḥisaabaa,

    ހަމަކަށަވަރުން އެމީހުންވީ ދުނިޔޭގައި އުޅުނުއިރު قيامة ދުވަހުން ހިސާބު ބެއްލެވުމާއިމެދު ބިރުނުގަންނަބަޔަކު ކަމުގައެވެ. އެކަމަށްނޭދޭ ބަޔަކުކަމުގައެވެ.

  28. 28

    وَكَذَّبُوا۟ بِـَٔايَـٰتِنَا كِذَّابًا

    Wa-kaẓẓaboo biʹAayaatinaa kiẓẓaabaa.

    އަދިއެމީހުންވީ ތިމަންރަސްކަލާނގެ އާޔަތްތައް ކަނޑައެޅިގެން ދޮގުކުރިބަޔަކު ކަމުގައެވެ.

  29. 29

    وَكُلَّ شَىْءٍ أَحْصَيْنَـٰهُ كِتَـٰبًا

    Wa-kulla shayʹin ʹaḥṣaynaahu Kitaabaa,

    އަދި ކޮންމެކަމެއް އަދި ކޮންމެއެއްޗެއް ތިމަންރަސްކަލާނގެ އެއެއްޗެއް ލިއުއްވައިހިމަނުއްވަމެވެ. (އެއީ އެކަލާނގެ އަޒަލުގެ ދެނެވޮޑިގަތުމުގައިވާގޮތަށެވެ.)

  30. 30

    فَذُوقُوا۟ فَلَن نَّزِيدَكُمْ إِلَّا عَذَابًا

    Faẓooq̣oo falan nazeedakum ʹil-laa ʻaẓaabaa.

    އަދި ނަރަކަވަންތަވެރިންނަށް قيامة ދުވަނުހް ނަރަކައިގެ عذاب ލިބެމުންދާހިދު އެމީހުންނަށް އެންގޭނެއެވެ. ކަލޭމެން عذاب ގެރަހަލިބިގަންނާށެވެ. عذاب ގެމައްޗަށް عذاب މެނުވީ ކަލޭމެނަށް ތިމަންރަސްކަލާނގެ އިތުރު ނުކުރައްވާހުށީމެވެ.

  31. 31

    إِنَّ لِلْمُتَّقِينَ مَفَازًا

    ʹInna lil-Mutta-q̣eena mafaazaa;

    ހަމަކަށަވަރުން تَقوَى ވެރިންނަށް އެދެވޭ ނަސީބާއި ކާމިޔާބު ވެއެވެ.

  32. 32

    حَدَآئِقَ وَأَعْنَـٰبًا

    Ḥadaaaʹiq̣a wa-ʹaʻnaabaa;

    އެއީ ބަގީޗާ ތަކާއި އަދި މޭބިސް ކަދުރެވެ. (ސުވަރުގެ ތަކާއި އެތަންތާގެ ޢަދަދު ނުކުރެވޭ ނިޢްމަތެވެ.)

  33. 33

    وَكَوَاعِبَ أَتْرَابًا

    Wa-kawaaʻiba ʹatraabaa:

    އަދި ރީތި ވަރަށް އުރަމަތި އުފުލިފައިވާ އެއް ޢުމުރެއްގެ ރީތި އަންހެން ކުދިންނެވެ.

  34. 34

    وَكَأْسًا دِهَاقًا

    Wa-kaʹsañ dihaaq̣aa.

    އަދި ފުރިފައިވާ ރަލުގެ ތަށިތަކެވެ. (ނުވަތަ ވިދިވިދިގެން އަންނަ ރާތަށިތަކެވެ.)

  35. 35

    لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّٰبًا

    Laa- yasmaʻoona feehaa lag̣wañw walaa- kiẓẓaabaa;

    އެމީހުން އެސުވަރުގޭގައި ތިބޭއިރު އެވެސް بَاطِل ވާހަކައެއް ނާހާނެއެވެ. އަދިއެއްވެސް ދޮގެއްވިޔަސް ނުއަހާނެއެވެ.

  36. 36

    جَزَآءً مِّن رَّبِّكَ عَطَآءً حِسَابًا

    Jazaaaʹam mir Rabbika ʻaṭaaaʹan ḥisaabaa,―

    (އޭ رَسُول الله އެވެ!) އެއީ ކަލޭގެ ފާނުންގެ رَبُّ ގެ حَضْرَةُ ން އެމީހުންނަށް ދެއްވާ ދަރުމައެއްގެ ގޮތުން ދެއްވާ ދެއްވުމެކެވެ. ފުދޭވަރު ހަދިޔާއެއްގެ ގޮތުން ދެއްވާ ޢިނާމެކެވެ.

  37. 37

    رَّبِّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ٱلرَّحْمَـٰنِ ۖ لَا يَمْلِكُونَ مِنْهُ خِطَابًا

    Rabbis samaawaati wal-ʹarḍi wa-maa baynahumar Raḥmaani laa- yam-likoona minhu khiṭaabaa.

    އެކަލާނގެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެތީގެ رَبُّ އެވެ. އެއީ އެންމެހައި ޚަލްޤު ތަކުންނަށް އެކަލާނގެ ރަޙްމަތް ޢާއްމުވެގެންވާ رَحْمَن ވަންތަ ކަލާނގެއެވެ. (އެކަލާނގެ އިޒުނަފުޅު ނެތިސް) އެކަލާނގެއަށް ބަސްފުޅެއް ދަންނަވައި ވާހަކައެއް ދެއްކެވުމުގެ ހުއްދައެއް ހަމަ އެކަކަށްވެސް އެދުވަހުން މިލްކުވެގެން ނުވެއެވެ.

  38. 38

    يَوْمَ يَقُومُ ٱلرُّوحُ وَٱلْمَلَـٰٓئِكَةُ صَفًّا ۖ لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَـٰنُ وَقَالَ صَوَابًا

    Yawma yaq̣oomur Rooḥu wal-malaaaʹikatu ṣaf-faa, laa- yatakallamoona ʹil-laa man ʹaẓina lahur Raḥmaanu wa-q̣aala ṣawaabaa.

    އެދުވަހަކީ- އެބަހީ قياَمة ދުވަހަކީ رُوح އާއި މަލާއިކަތް ބޭކަލުން ސަފަކަށް ތެދުވެވަޑައިގަންނަވާނެ ދުވަހެވެ. އެދުވަހުން އެމީހަކު ވާހަކަދެއްކުމަށް، ބަހެއްދެންނެވުމަށް، (އެބަހީ (شَفَاعَة ތެރިވެވަޑައިގަތުމަށް) رَحمن ވަންތަ ކަލާނގެ އިޒުނަ ދެއްވި މީހަކު މެނުވީ އެކަކުވެސް ބަހެއް ބުނެ ވާހަކަދައްކާ ނުހަދާނެއެވެ. އަދި އެ އިޒުނަ ދެއްވޭމީހަކީ އެމީހާ ދުނިޔޭގައި އުޅުނުއިރު ސީދާ ބަސްބުނިމީހަކުކަމުގައިވާނެއެވެ. އެބަހީ تَوحيد އަށް ހެކިވިމީހަކު ކަމުގައި ވާނެއެވެ. (އެނޫން މީހަކަށް شَفَاعَة ތެރިވެވަޑައިގަތުމުގެ އިޒުނަ އެދުވަހުންނޯންނާނެއެވެ.)\nދަންނައެވެ. މިއާޔަތުގައި ބަޔާންވެގެންމިވާ رُوح އަކާއިމެދު مُفَسِّر ންގެ ބަސް ތަފާތުވެގެންވެއެވެ. އެއީ ހައިބަބޮޑު މަލާއިކަތް ބޭކަލަކުކަމުގައި ބުނެވެއެވެ. އަދި އެއީ جِبريل ކަމުގައި ބުނެވެއެވެ. އަދި އެއީ آدم ގެ ދަރިންގެ ފުރާނަތަށް ކަމުގައި ބުނެވެއެވެ. ވީމާ މިވާހަކަ ހަނދާންކޮށްދިނީއެވެ.

  39. 39

    ذَٰلِكَ ٱلْيَوْمُ ٱلْحَقُّ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا

    Ẓaalikal Yawmul Ḥaq̣q̣: famañ shaaaʹat takhaẓa ʹi-laa Rabbihee maʹaabaa!

    އެދުވަހަކީ ޙައްޤު ވެގެންވާ ދުވަހެވެ. ދެންފަހެ އެމީހާގެ رَبُّ ގެ حَضْرَة އަށް ދިއުމަށް އަދި އެކަލާނގެ حَضْرَة ން ރަނގަޅު ޖާގައެއް ހޯދަންއެދޭމީހާ (صالح عمل ކޮށްގެން) އެ މަޤާމު ހޯދާ ހުށިކަމެވެ.

  40. 40

    إِنَّآ أَنذَرْنَـٰكُمْ عَذَابًا قَرِيبًا يَوْمَ يَنظُرُ ٱلْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ ٱلْكَافِرُ يَـٰلَيْتَنِى كُنتُ تُرَٰبًۢا

    ʹInnaaa ʹañẓarnaakum ʻAẓaabañ q̣areebaa,― Yawma yañ-z̤̣urul marʹu maa- q̣addamat yadaahu wa-yaq̣oolul kaafiru yaa-laytanee kuñtu turaabaa!

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް اِنذار ކޮށް މިބިރުގަންނަވަނީ ދާދިގާތުގައިވާ عذاب އެއްގެ ވާހަކައިންނެވެ. (އެ عذاب ގައި ނުޖެހުމަށްޓަކައެވެ. ކޮންމެ މީހަކުވެސް މަރުވުމުން އެކަން ފެށުނީއެވެ. އެހެންޏާ عذاب އެވެ. އެހެންޏާ އަރާމެވެ.) ފަހެ އެ قياَمة ދުވަހަކީ ކޮންމެ އިންސާނަކަށްވެސް އެމީހާ ދެއަތް އިސްކުރިކަމެއް (އެބަހީ އެމީހާ ކޮށްފައިވާ عملއެއް ހެވަސް ނުބަޔަސް) އެމީހާގެ ކުރިމަށްޗަށް އަންނާނޭދުވަހެވެ. އެ عمل ތަކަށް އޭނާ ބަލާނެއެވެ. އަދި ކާފަރުމީހާ އޭނާއަށް ހުރި عذاب އާއި ނުރައްކާ ބޮޑުކަމުން އޭނާ ބުނާނެއެވެ. އަހުރެން ވެއްޔަށް ވީނަމަ ކިހާރަނގަޅު ހެއްޔެވެ. އަހުރެން ވެއްޔަށް ވާނެނަމައެވެ.\nދަންނައެވެ. قياَمة ދުވަހުން ﷲ تَعالى އެންމެހާ ޖަނަވާރު ތަކެއްގެ މެދުގައިވެސް عدل އަށް ނިޔާކުރައްވައި އެސޮރުމެން ވެއްޔަށް ހައްދަވާނެކަމުގައި ވެއެވެ. އެތަންދެކެފައި ކާފަރު މީހާވެސް ވެއްޔަށް ވާން އެދޭނެކަމުގައި ވެއެވެ. وَاللهُ أعْلَم.