-
1
أَرَءَيْتَ ٱلَّذِى يُكَذِّبُ بِٱلدِّينِ
ʹA-raʹaytal laẓee yukaẓẓibu bid-Deen?
(އޭމަތްވެގެންވާ ރަސޫލާއެވެ!) ހިސާބު ބެއްލެވުމާއި ޖަޒާދެއްވުން ދޮގުކުރާމީހާއަށް ކަލޭގެފާނު ބެއްލެވީމުތޯއެވެ؟ އެމީހާގެ ޚަބަރު ނިކަން ދެއްވައި ބައްލަވާށެވެ. (އެމީހަކީ العَاصُ بْنُ وَائِلُ السّهمى ކަމުގައި ބުނެވުނެވެ. އަދިއެއީ الوَلِيْد بْنُ المُغِيْرَة ކަމުގައި ބުނެވުނެވެ. ނުވަތަ މުނާފިޤުން ކުރެކޮންމެވެސް މީހަކު ކަމުގައި ބުނެވުނެވެ. والله أعلم.
-
2
فَذَٰلِكَ ٱلَّذِى يَدُعُّ ٱلْيَتِيمَ
Faẓaalikal laẓee yaduʻʻul yateem,
ފަހެ އެމީހާއަކީ ޔަތީމު ކުދިންނަށް އެކުދިންގެ حَقُّނުދީ ދުރުކުރާމީހާއެވެ. އެކުދިންނަށް އަނިޔާކުރާމީހާއެވެ.
-
3
وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ
Wa-laa yaḥuḍḍu ʻalaa ṭaʻaamil miskeen.
އަދި މިސްކީނުންނަށް ތިމާއަމިއްލައަށްވެސް ކާއެތިކޮޅު ނުދީ އަދި އެކަމަށް އެހެންމީހުންނަށްވެސް ހިތްވަރު ނުދޭމީހެކެވެ.
-
4
فَوَيْلٌ لِّلْمُصَلِّينَ
Fawaylul lil-muṣalleen,
ފަހެ ނަމާދުކުރާމީހުންނަށް ނަރަކައިގެ ގަދަ ޢަޒާބު ހުންނަހުއްޓެވެ.
-
5
ٱلَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ
ʹAllaẓeena hum ʻañ ṣalaatihim saahoon,
އެމީހުންނަކީ ނަމާދުގެމަތީން ހަދާންނެތި އަދި غَافِلُ ވެގެންތިބެފައި ގޮސް ނަމާދުކުރާމީހުންނެވެ. (އެއީ شَرْعِى ޢުޒުރެއްނެތި ވަގުތު ލަސްކޮށްފައިގޮސް ނަމާދު ކުރާމީހުން ކަމުގައި ބެލެވެއެވެ.) ނުވަތަ އެއީ މުނާފިޤުން ކުރާގޮތަށް ނަމާދުކުރާމީހުންނެވެ. އެއީ މީހުން ބަލަންތިބިއްޔާ ގޮސް ނަމާދު ކޮށްފައި މީހުން ބަލަންނެތިއްޔާ ނަމާދު ނުކުރާމީހުން ކަމުގައި ބުނެވުނެވެ.
-
6
ٱلَّذِينَ هُمْ يُرَآءُونَ
ʹAllaẓeena hum yuraaaʹoona,
އެމީހުންނަކީ ދެއްކުމަށް (އަޅުކަން) ކުރާމީހުންނެވެ.
-
7
وَيَمْنَعُونَ ٱلْمَاعُونَ
Wa-yamnaʻoonal MAAʻOON.
އަދިއެމީހުންނަކީ الْمَاعُونَ މަނާކުރާމީހުންނެވެ. (އެއީ ވަޅި ފުރޯ އުދަލި ފަދަ އަދިމިނޫންވެސް ގެވެހިކަންވާރެވެ. އެއީ ވަގުތީގޮތަށް ބޭނުންކޮލާފައި ގެނައުމަށް ގެންދެވޭ ތަކެއްޗެވެ.) އެފަދަތަކެތި އެގޮތުގެމަތީންދިނުމަކީ އެދެވޭކަމެކެވެ.