-
1
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَـٰبِ ٱلْفِيلِ
ʹAlam tara kayfa faʻala Rabbuka biʹAṣḥaabil FEEL?
(އޭމަތްވެގެންވާ ރަސޫލާއެވެ!) އެތުގެ އެކުވެރިންނާއިމެދު ކަލޭގެފަނުންގެ رَبُّ ކަންތައްކުރެއްވީ ކޮންފަދައަކުންކަން، ނުވަތަ ކަންތައްކުރެއްވި ގޮތާއިމެދު - ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ ނުވިސްނަވަމުތޯއެވެ؟
-
2
أَلَمْ يَجْعَلْ كَيْدَهُمْ فِى تَضْلِيلٍ
ʹAlam yajʻal kaydahum fee taḍleel?
އެބައިމީހުންގެ ރޭވުމާއި ތަދުބީރު ގެއްލުމާއި ހަލާކު ކަމުގައި އެކަލާނގެ ނުލައްވައިތޯއެވެ؟ އެބަހީ އެމީހުންގެ ރޭވުމާއި ތަދުބީރު ގެއްލުމާއި ހަލާކު ކަމުގައި އެކަލާނގެ އެމީހުންގެމައްޗަށް ލެއްވިއެވެ.
-
3
وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ
Wa-ʹarsala ʻalayhim ṭayran ʹabaabeel,
އެކަލާނގެ އެބައިމީހުން ހަލާކު ކުރެއްވުމަށް އެމީހުންގެމައްޗަށް ފޮނުއްވީ އަބާބީލު އެވެކިޔާ ކުދިކުދި ދޫނިތަކެކެވެ.
-
4
تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ
Tarmeehim̃ bihijaaratim miñ sijjeel,
އެދޫނިތައް ނަރަކައިން ހޫނުކުރެވިފައިވާ ހިލަތަކަކުން އެމީހުން ހަލާކު ކުރެއްވީއެވެ. އެއިން ކޮންމެދޫންޏެއް ގެންނަނީ ގޮދަންފުކެއްވަރުގެ ނުވަތަ ފަޅިމުގުފުކެއްވަރުގެ ތިން ހިލައެވެ. އެއީ އެސޮރުގެ ތުބުގައި ހިލަޔަކާއި ދެފައިގާ ދެހިލައެވެ. ކޮންމެ ހިލައެއްގައި އެހިއަކުން ޖެހެންވީމީހާގެ ނަންލިލެވިގެންވެއެވެ. އެއިން ހިލަޔަކުން މީހަކު ގައިގާ ޖެހުނީމާ އެމީހާގެ ގޮހޮރު ނުކުމެ ގުނަވަންތައްވެރި ދެން އެންމެފަހުން މަރުވެގެންދަނީއެވެ.
-
5
فَجَعَلَهُمْ كَعَصْفٍ مَّأْكُولٍۭ
Fajaʻalahum kaʻaṣfim maʹkool.
އެމީހުން މަރުވެގެން ބިމަށް ވެރިފައިތިބިއިރު ހީވަނީ ގެރިބަކަރި ކައިވަރާފައިވާ ފަތްތަކެއްހެންނެވެ. ނުވަތަ ހިކި ހުއިތަކެއްހެންނެވެ.\nދަންނައެވެ. މިސޫރަތުގައި ބަޔާންވެގެން މިދަނީ މައްކާގެ ގެފުޅު ހަލާކު ކުރުމުގެ ނިޔަތުގައި ޔަމަނުކަރައިގެ އޭރު ހުރި ރަސްގެފާނު أَبْرَهَة އާއި އޭނާޔާއިއެކުއައި ލަޝްކަރު الله ހަލާކު ކުރެއްވިގޮތުގެ ކުރު خُلآصَة އެކެވެ. އެމީހުން އަރައިގެން އައި ނީލަގެރި އެތްތަކަކަށްވާތީ އެމީހުންނަށް އެތުގެ އެކުވެރިންގެ ނަމުން މަޝްހޫރު ވެގެންވަނީއެވެ. މިބައިމީހުން މައްކާއަށް އަރަން ގަސްދުކޮށްގެން ދަނިކޮށް وَادِيْ مُحَسَّر ކިޔާހިސާބަށް އައުމުން الله އެމީހުންގެމައްޗަށް އެދޫނިތައް ފޮނުއްވައި އެމީހުން ހަލާކު ކުރެއްވީއެވެ. މިވާހަކަ تَفْصِيْلُ ކޮށް تَفْسِيْر ފޮތްތަކުގައި ލިޔެވިގެން ވެއެވެ. މި ޙާދިޘާ ހިނގާދިޔައީ رسول الله ﷺ ރައްކައުވުމުގެ ކުޑަތަންކޮޅެއްކުރިން ކަމުގައި އެކަމަކު ދާދި ގާތުގައި ކަމުގައި ތާރީޚްގައި ބަޔާންވެގެންވެއެވެ. والله أعلم.