-
1
إِذَا ٱلسَّمَآءُ ٱنفَطَرَتْ
ʹIẓas Samaaaʹuñ faṭarat;
އުޑު ފަޅަފަޅައިގެން ހިނގައްޖެއްޔާއި (ދަންނައެވެ. މި ސޫރަތުގެ ފުރަތަމަ ހަތަރު އާޔަތުގައި އެ ވާ ހަތަރު ކަންތަކުގެ ޖަވާބު އެ ވަނީ ފަސްވަނަ އާޔަތުގައެވެ.)
-
2
وَإِذَا ٱلْكَوَاكِبُ ٱنتَثَرَتْ
Wa-ʹiẓal kawaakibuñ tas̤arat;
އަދި ތަރިތައް، އުޑުމަތީން ވަކިވަކިވެގެން ތިރިޔަށް ވެރިއްޖެއްޔާއި،
-
3
وَإِذَا ٱلْبِحَارُ فُجِّرَتْ
Wa-ʹiẓal biḥaaru fujjirat;
އަދި ކަނޑުތައް އެއްކަނޑު އަނެއް ކަނޑާ އެކުވެ، އެއްވެއްޖެއްޔާއި، (ލޮނުފެނާއި، މީރުފެންވެސް އެކުވެ، އެކައްޗަކަށް ވާނޭ ކަމުގައި ވެއެވެ.)
-
4
وَإِذَا ٱلْقُبُورُ بُعْثِرَتْ
Wa-ʹiẓal q̣ubooru buʻs̤irat;
އަދި ބިމުގެ އަޑީގައި ވަޅުލެވިފައި ވާހައި ބަޔަކު ކަށްވަޅުތަކުން ނެރެވިއްޖެއްޔާއި،\nދަންނައެވެ. މި ހަތަރު ކަމަކީ قيامة ވުމުގެ ކުރީގައި އެކަމާ ގުޅިފައިވާ ހަތަރު ކަމެވެ.
-
5
عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ
ʻAlimat nafsum maa q̣addamat wa-ʹakhkharat.
ދެން އެދުވަހުން ކޮންމެ نفس އަކަށްވެސް (ކޮންމެނަފުސަކަށްވެސް) އެ ނަފްސެއް ކޮށްފައިވާ ކަންތައް ރަނގަޅަށް އެނގޭނެއެވެ. (ފަތްތައް ހުންނާނީ ހާމައަށެވެ.)
-
6
يَـٰٓأَيُّهَا ٱلْإِنسَـٰنُ مَا غَرَّكَ بِرَبِّكَ ٱلْكَرِيمِ
Yaaaʹayyuhal ʹiñsaanu maa- g̣arraka bi-Rabbikal Kareem?―
އޭ އިންސާނާއެވެ! (އޭ ކާފަރު އިންސާނާއެވެ!) ކަލޭ ހައްދަވައި، ގިނަގުނަ نعمة ދެއްވި މާތްވެގެންވާ ربّ އާމެދު ހެއްލުންތެރިވީ ކޮން ކަމަކާ ހެދި ހެއްޔެވެ؟ (އެކަލާނގެ نعمة އާއި، عفوء ގިނަކަމުން ހެއްޔެވެ؟ އެކަލާނގެ عذاب ވެސް އެހައި ގަދަކަން ހަނދާންކުރާށެވެ!)
-
7
ٱلَّذِى خَلَقَكَ فَسَوَّىٰكَ فَعَدَلَكَ
ʹAllaẓee khalaq̣aka fasawwaaka faʻadalak;
އެ ربّ އަކީ نطفة އަކުން ކަލޭ އުފައްދަވައި، ދެން ބަރާބަރު ފުރިހަމަ އިންސާނަކަށް ހެއްދެވި ކަލާނގެއެވެ. އަދި އެހެން ޖަނަވާރާ خلاف އަށް، ދެފައިމައްޗަށް ކޮޅަށް ހުރެވޭނޭ ގޮތަށްވެސް ހެއްދެވީ ހަމަ އެކަލާނގެއެވެ.
-
8
فِىٓ أَىِّ صُورَةٍ مَّا شَآءَ رَكَّبَكَ
Feee ʹayyi Ṣooratim maa shaaaʹa rakkabak.
އަދި އެކަލާނގެ އެދިވޮޑިގެންނެވި ސިފައަކަށް އެކަލާނގެ ކަލޭ ސޫރަކުރައްވައި، تركيب ކުރައްވައި، ހައްދަވައި ފުރިހަމަކުރެއްވިއެވެ.
-
9
كَلَّا بَلْ تُكَذِّبُونَ بِٱلدِّينِ
Kallaa bal tukaẓẓiboona bid-Deen!
އެއްގޮތަކަށްވެސް އެކަލާނގެ نعمة އާއި، عفوء ގެ ބޮޑުކަމާމެދު ނުހެއްލޭށެވެ. (އެކަލާނގެ عذاب ވެސް އެހައި ގަދައެވެ. ދޮގުވެރި، ކާފަރުންނަށް ގަދަ عذاب ވެސް ދެއްވައެވެ.) އަދި ކިޔެއް ހެއްޔެވެ؟ ތިޔަބައިމީހުން قيامة ދުވަސް ދޮގުކުރަނީއެވެ. ނުވަތަ إسلام دين ދޮގުކުރަނީއެވެ.
-
10
وَإِنَّ عَلَيْكُمْ لَحَـٰفِظِينَ
Wa-ʹinna ʻalaykum laḥaafiz̤̣een,―
އަދި ހަމަކަށަވަރުން އެކަލާނގެ ކަލޭމެންގެ މައްޗަށް ކަލޭމެން ބަލަހައްޓަވާ، ކަލޭމެންގެ عمل ތައް ލިޔުއްވާ ބޭކަލުން ލައްވާފައި ވެއެވެ.
-
11
كِرَامًا كَـٰتِبِينَ
Kiraamañ Kaatibeen:
އެއީ މާތްވެގެންވާ ملائكة ބޭކަލުންނެވެ. އެއީ عمل ތައް ލިޔުއްވާ ބޭކަލުންނެވެ. އެއީ (كِرَامًا كَاتِبِينَ ދެބޭކަލުންނެވެ.)
-
12
يَعْلَمُونَ مَا تَفْعَلُونَ
Yaʻlamoona maa- tafʻaloon.
ތިޔަބައިމީހުން ކުރާހައި ކަމެއް (ހެވަސް، ނުބަޔަސް) އެ ބޭކަލުން ރަނގަޅަށް ދެނެވަޑައިގެން ވެއެވެ. (އަދި ލިޔުއްވާ ހުއްޓެވެ.)
-
13
إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ
ʹInnal ʹabraara lafee Naʻeem;
ހަމަކަށަވަރުން މާތްވެގެންވާ ރަނގަޅު تقوى ވެރީން އެދުވަހުން ތިބޭނީ ސުވަރުގޭގައެވެ. އެތާނގެ نعمة ގައެވެ.
-
14
وَإِنَّ ٱلْفُجَّارَ لَفِى جَحِيمٍ
Wa-ʹinnal fujjaara lafee Jaḥeem.
އަދި ހަމަކަށަވަރުން ނުބައި، ނުލަފާ فاجر ން އެދުވަހުން ތިބޭނީ ނަރަކައިގައެވެ. އެތާނގެ ހޫނާއި عذاب ގައެވެ.
-
15
يَصْلَوْنَهَا يَوْمَ ٱلدِّينِ
Yaṣlawnahaa Yawmad Deen.
އެދުވަހުން އެމީހުން ނަރަކައަށް ވަދެ، އެތާނގެ ގަދަ عذاب ގެ ރަހަ ލިބިގަންނާނެއެވެ.
-
16
وَمَا هُمْ عَنْهَا بِغَآئِبِينَ
Wa-maa hum ʻanhaa big̣aaaʹibeen.
އެމީހުން އެ ނަރަކައިން غائب ނުވާނެއެވެ. އެބަހީ އަބަދުވެސް އެތާ ތިބޭނެއެވެ.
-
17
وَمَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ
Wa-maaa ʹadraaka maa- Yawmud Deen?
يوم الدّين އަކީ (ހިސާބު ބައްލަވައި، އަދި جزاء ދެއްވާ ދުވަހަކީ) ކޮން ދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮން އެއްޗެއް ތޯއެވެ؟ ކޮން ކަމެއް ހެއްޔެވެ؟
-
18
ثُمَّ مَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ
S̤umma maaa ʹadraaka maa- Yawmud Deen?
ދެން ކަލޭގެފާނަށް يوم الدّين އެވެ ކިޔާ ދުވަހަކީ ކޮން ދުވަހެއްކަން އަންގައިދިނީ ކޮން އެއްޗެއްތޯއެވެ؟ ކޮން ކަމެއް ހެއްޔެވެ؟ (ފަހެ މި آية تكرار ކުރައްވާފައި ވަނީ އެ ދުވަހުގެ مهمّ ކަމާއި، ބިރުވެރިކަމަށް ހުޝިޔާރު ކުރެއްވުމުގެ ގޮތުންނެވެ. والله أعلم)
-
19
يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْـًٔا ۖ وَٱلْأَمْرُ يَوْمَئِذٍ لِّلَّهِ
Yawma laa- tamliku nafsul linafsiñ shayʹaa: walʹAmru Yawmaʹiẓil lillaah.
އެދުވަހަކީ އެއްވެސް މީހަކަށް އަނެއް މީހަކަށްޓަކައި އެއްވެސް ކަމެއް މިލްކުވެގެންވާ ދުވަހެއް ނޫނެވެ. ފުއްދައިދެވޭނޭ ދުވަހެއް ނޫނެވެ. އެދުވަހުގެ ހުރިހައި ކަމެއް خاصّ ވެ، މިލްކުވެގެން ވަނީ ހަމައެކަނި ﷲ އަށެވެ.