-
1
وَيْلٌ لِّلْمُطَفِّفِينَ
Waylul lil-muṭaffifeen,―
މިނެކިރުމުގައި އުނިކޮށްމަދުކުރާމީހުންނަށް وَيْلُ ހުއްޓެވެ. (وَيْلُ އަކީ ގަދަ عَذَابُ އެވެ. ނުވަތަނަރަކައިގެ ވަކިވާދީ އެކެވެ. އެއީ ނަރަކަވަންތަވެރިންގެ ގައިން ފައިބާ ކުނިދިޔައިގެ ވާދިއެއްކަމަށް ބުނެވެއެވެ.) والله أعلم.
-
2
ٱلَّذِينَ إِذَا ٱكْتَالُوا۟ عَلَى ٱلنَّاسِ يَسْتَوْفُونَ
ʹAllaẓeena ʹiẓak taaloo ʻalan naasi yastawfoon,
އެމީހުންނަކީ އެބަހީ އުނިކުރާމީހުންނަކީ އެމީހުން އެހެންމީހުންގެ އަތުން މިނެގެން ނުވަތަ ކިރައިގެން ގެންނަންޏާ ބަރާބަރަށް ހަމަކުރަން އެދޭމީހުންނެވެ. ހަމަކުރާމީހުންނެވެ.
-
3
وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ
Wa-ʹiẓaa kaaloohum ʹaw Wazanoohum yukhsiroon.
އަދި އެމީހުން އެހެންމިހުންނަށް މިނެދީ ކިރައިދީ ހަދަންޏާ އުނިކޮށް އަދި މަދުކުރެއެވެ. އެހެންމީހުންގެ حَقُّ މަދުކުރާމީހުންނެވެ.
-
4
أَلَا يَظُنُّ أُو۟لَـٰٓئِكَ أَنَّهُم مَّبْعُوثُونَ
ʹAlaa yaz̤̣unnu ʹulaaaʹika ʹannahum mabʻoos̤oon
އެމީހުން ފަހެ (މަރުވުމަށްފަހު އަލުންދިރުއްވައި مَحْشَرُ ކުރައްވައި ހިސާބު ބައްލަވައި ޖަޒާދެއްވުމަށް ފޮނުއްވާނޭކަމަށް ހީނުކުރަނީ ބާވައެވެ؟
-
5
لِيَوْمٍ عَظِيمٍ
Li-Yawmin ʻAz̤̣eem.
އެދުވަހަކީ އެދުވަހުގެ އުދަނގޫތަކާއި މައްސަލަތައް ކުށްވެރިންނަށް ބޮޑުވެގެންވާނެ ދުވަހެވެ.
-
6
يَوْمَ يَقُومُ ٱلنَّاسُ لِرَبِّ ٱلْعَـٰلَمِينَ
Yawma yaq̣oomun naasu li-Rabbil ʻAalameen?
އެއީ މީސްތަކުން އެމީހުންގެ ކަށްވަޅުތަކުން ނުކުމެގެން عَالَم ތަކުގެވެރި رَبُّ ގެ حَضْرَةُ ގައި قَائِم ވާނޭދުވަހެވެ.
-
7
كَلَّآ إِنَّ كِتَـٰبَ ٱلْفُجَّارِ لَفِى سِجِّينٍ
Kallaaa ʹinna Kitaabal fujjaari lafee Sijjeen.
އެއްގޮތަކަށްވެސް އެމީހުން އެހީކުރާގޮތަކަށް ނުވާނެއެވެ. އެބަހީ މިނެކިރުމުގައި މީސްތަކުންނަށް މަދުކޮށް އުނިކުރާމީހުން އެހީކުރާގޮތަކަށް ނުވާނެއެވެ. އެމީހުންނަކީ ނުބައިނުލަފާ މުޖްރިމުންނެވެ. ހަމަކަށަވަރުން ނުބައިނުލަފާ މުޖްރިމުންގެ ޢަމަލުގެފަތްވާނީ سِجِّيْنُ އެވެކިޔާތާގައެވެ. (سِجِّيْنُ އަކީ ނަރަކަވަންތަވެރިންގެލިސްޓެވެ.)
-
8
وَمَآ أَدْرَىٰكَ مَا سِجِّينٌ
Wa-maaa ʹadraaka maa- Sijjeen?
އަދި سِجِّيْنُ އަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
-
9
كِتَـٰبٌ مَّرْقُومٌ
Kitaabum marq̣oom.
އެއީ ލިޔެވި ރަޖިސްޓްރީވެގެންވާފޮތެކެވެ.
-
10
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Wayluñy Yawmaʹiẓil lil-mukaẓẓibeen―
އެދުވަހުން އެބަހީ قِيَامة ދުވަހުން ދޮގުކުރިމީހުންނަށް ގަދަ عَذَابُ ހުއްޓެވެ. (سِجِّيْنُ އަކީ الله އާއި އެކަލާނގެ އާޔަތްތަކާއި قِيَامة ދުވަހާއި އެދުވަހާއި ގުޅިފައިވާ ހިސާބާއި ޖަޒާ ދޮގުކުރާމީހުންނަށް ނަރަކައިގެ ވައިލެވެކިޔާ ގަދަޢަޒާބުދެއްވާނެކަމަށް ލިޔެވިފައިވާ ފޮތެވެ.) والله أعلم.
-
11
ٱلَّذِينَ يُكَذِّبُونَ بِيَوْمِ ٱلدِّينِ
ʹAllaẓeena yukaẓẓiboona bi-Yawmid Deen.
މިބުނާދޮގުކުރިމީހުން ދަންނައެވެ. އެމީހުންނަކީ ހިސާބުބައްލަވާ އަދިޖަޒާދެއްވާ قِيَامَة ދުވަސް ދޮގުކުރާމީހުންނެވެ.
-
12
وَمَا يُكَذِّبُ بِهِۦٓ إِلَّا كُلُّ مُعْتَدٍ أَثِيمٍ
Wa-maa yukaẓẓibu biheee ʹillaa kullu muʻtadin ʹas̤eem!
އަދި ގިނައިން ފާފަކުރާ ކޮންމެ އަނިޔާވެރިއަކުމެނުވީ އެދުވަސް ދޮގުނުކުރާނެއެވެ.
-
13
إِذَا تُتْلَىٰ عَلَيْهِ ءَايَـٰتُنَا قَالَ أَسَـٰطِيرُ ٱلْأَوَّلِينَ
ʹIẓaa tutlaa ʻalayhi ʹAayaatunaa q̣aala ʹAsaaṭeerul ʹAwwaleen!
އެފަދަމީހާގެ މައްޗަށް ތިމަންރަސްކަލާނގެ އާޔަތްތައް ކިޔެވިއްޖެއްޔާވެސް އެމީހާބުނާނީ ތިޔައީ އިސްވެދިމީސްތަކުން ދައްކާފައިވާ بَاطِلُ އަދި ދޮގު ވާހަކަތަކެއްކަމުގައެވެ. (އޭގެޖަވާބުގައި الله އެއަންގަވަނީ)
-
14
كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ
Kallaa bal; raana ʻalaa q̣uloobihim maa kaanoo yaksiboon!
އެއްގޮތަކަށްވެސް އެހެންނޫނެވެ. އެއީ ދޮގުއަދި بَاطِلُ ވާހަކައެއްނޫނެވެ. އަދިކިއެއްހެއްޔެވެ؟ އެމީހުންގެ ހިތްތަކުގެމަތީގައި އެވަނީ ފާފަތައްކުރުމުގެސަބަބުން رَانَ އެޅިފައެވެ. އެއީ ގިނައިން ފާފަކުރުމުގެ ސަބަބުން ހިތުގެމަތީގައި އެޅޭ ކަޅު ހުރަހެކެވެ. ދަބަރެވެ. އެހެންވެއްޖެއްޔާދެން ތެދުމަގު ގަބޫލުކުރުން އުނދަގޫވާނެއެވެ. އެފަދަމީހުންނަށް طَبَعَ اللهُ عَلَى قُلُوبِهِمْ މިފަދަ ޢިބާރާތް ގެންނަވައެވެ. ދެން އެއަށްވުރެމައްޗަށްދިޔައީމާ ތަޅުލައްވައެވެ. (أَمْ عَلَى قُلُوْبٍ أَقْفَالُهَا) މިފަދައިން އަންގަވައެވެ.
-
15
كَلَّآ إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ
Kallaaa ʹinnahum ʻar Rabbihim Yawmaʹiẓil lamaḥjooboon.
އެއްގޮތަކަށްވެސް އެފަދަމީހުންނަށް اللهُ ނުފެނުމީ حَقّ އެކެވެ. ހަމަކަށަވަރުން އެދުވަހުން އެމީހުންނާއި އެމީހުންގެ رَبُّ އާއިދެމެދު ފަރުދާކުރެވި ނިވައިވެގެންވެއެވެ. އެމީހުންނަށް އެކަލާނގެ ނުފެންނާނެއެވެ.
-
16
ثُمَّ إِنَّهُمْ لَصَالُوا۟ ٱلْجَحِيمِ
S̤umma ʹinnahum laṣaalul Jaḥeem.
ދެން ހަމަކަށަވަރުން އެމީހުން ނަރަކައަށްވަންނާނެއެވެ. (އެތާގެ ގަދަ ޢަޒާބާއި ހޫނުގެރަހަ ލިބިގަންނާނެއެވެ.)
-
17
ثُمَّ يُقَالُ هَـٰذَا ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ
S̤umma yuq̣aalu haaẓal laẓee kuñtum̃ bihee tukaẓẓiboon!
ދެންއެމީހުންނަށް އެންގޭނެއެވެ. މިޢަޒާބަކީ ކަލޭމެން ދުނިޔޭގައި އުޅުނުއިރު އެއެއްޗެއްކަލޭމެން ދޮގުކުރި ނަރަކައެވެ. އޭގެ ޢަޒާބެވެ. (އޭގެރަހަލިބިގަންނާށެވެ.)
-
18
كَلَّآ إِنَّ كِتَـٰبَ ٱلْأَبْرَارِ لَفِى عِلِّيِّينَ
Kallaaa ʹinna Kitaabal ʹAbraari lafee ʻIlliyyeen.
އެއްގޮތަކަށްވެސް އެކާފަރުން އެހީކުރާ ގޮތަކަށް ނުވާނެއެވެ. ހަމަކަށަވަރުން ކިޔަމަންތެރި މާތްމީހުންގެ ޢަމަލުގެ ފަތްވާނީ عِلِّيُّونُ ގައެވެ.
-
19
وَمَآ أَدْرَىٰكَ مَا عِلِّيُّونَ
Wa-maaa ʹadraaka maa- ʻIlliyyoon?
އަދި عِلِّيُّونُ އެއީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
-
20
كِتَـٰبٌ مَّرْقُومٌ
Kitaabum marq̣oom,
އެއީ މާތްމީހުންގެ ނަންތައްލިޔެވި ރަޖިސްޓަރީވެގެންވާފަތެވެ. (ފައިލެވެ.)
-
21
يَشْهَدُهُ ٱلْمُقَرَّبُونَ
Yashhaduhul Muq̣arraboon.
މާތްވެގެންވާ މަލާއިކަތްބޭކަލުން حَاضِرُ ވެވަޑައިގެން އެފަތަށް ހެކިދެއްވާނެއެވެ. ދަންނައެވެ. عِلِّيُّونُ އަކީ ސުވަރުގެއެވެ. ނުވަތަ ސުވަރުގޭގައިވާ ވަކިތަނެކެވެ. ނުވަތައެއީ ހަތްވަނައުޑުގައިވާ خَاصَّ ތަނެކެވެ. ނުވަތައެއީ سِدْرَةُ المُنْتَهَى އެވެ. އެއީ ހެޔޮ عَمَلُ ތައްލިޔެވޭ ދީވާނެވެ. އަދި މިނޫން ގޮތް ގޮތަށްވެސް ކިޔައިފާ ވެއެވެ. والله أعلم.
-
22
إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ
ʹInnal ʹAbraara lafee Naʻeem:
ހަމަކަށަވަރުން މާތްވެގެންވާ ކިޔަމަންތެރިން ވަނީ ކަނޑައެޅިގެން ސުވަރު ގެޔާއެތާގެ نِعْمَةُ ގައެވެ.
-
23
عَلَى ٱلْأَرَآئِكِ يَنظُرُونَ
ʻAlal ʹaraaaʹiki yañz̤̣uroon:
މާތްވެގެންވާ ސޯފާތަކުގައި އެމީހުންބަލަބަލައި ތިބޭނެއެވެ. (الله އަށާއި އެކަލާނގެ އެމީހުންނަށްދެއްވިގިނަގުނަ نِعْمَةُ ތަކަށް އެމީހުން ބަލަބަލައި ތިބޭނެއެވެ.)
-
24
تَعْرِفُ فِى وُجُوهِهِمْ نَضْرَةَ ٱلنَّعِيمِ
Taʻrifu fee wujoohihim naḍratan Naʻeem.
އެމީހުންގެ މޫނުމަތީން نِعْمَةُ ގެބޮޑުކަމުން އުފާވެރިކަމާއި ތާޒާކަން ވިދަވިދައި ހުންނާނެއެވެ.
-
25
يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ
Yusq̣awna mir raḥeeq̣im makhtoom:
އަދި އެމީހުންނަށް رَحِيْقُ އެވެ ކިޔާމީރު طَاهِرُ ރަލެއްބޯންދެވޭނެއެވެ. އޭގެ ކަންވާރު ހުންނާނީ ސިއްކަގެހިފައެވެ. އޭ ގެ حَقُّ ވެރިއަކުނޫނީ އޭގެ ސިލް ކަނޑައިނުލާނެއެވެ. އަދިއެރާހުންނާނީ ބޮއިނިމޭއިރު ގޮމަކަސްތޫރީގެމީރުރަހައަށް ނިމޭގޮތަށެވެ.
-
26
خِتَـٰمُهُۥ مِسْكٌ ۚ وَفِى ذَٰلِكَ فَلْيَتَنَافَسِ ٱلْمُتَنَـٰفِسُونَ
Khitaamuhoo misk: wa-fee ẓaalika falyatanaafasil mutanaafisoon:
ފަހެ އެފަދަ އެފަދަ نِعْمَةُ ހޯދައިގަތުމަށް ވާދަކުރާމީހުން ވާދަކޮށް ކުރިއަރައިދާހުށިކަމެވެ. (އެކަން ހޯދައިގަނެވޭނީ ދުނިޔޭގައިތިބެ ހެޔޮ عَمَلُ ކޮށްގެންނެވެ.)
-
27
وَمِزَاجُهُۥ مِن تَسْنِيمٍ
Wa-mizaajuhoo miñ Tasneem,
އަދިމިބުނި ރަލާއި އެކުވެފައިވަނީ تَسْنِيْم ކިޔާއެއްޗެކެވެ. އެއީ ސުވަރުގޭގެ އަހުލުވެރިންނަށް ދެވޭ އެންމެ މާތްބުއިމެވެ. އެމީހުންނަށް އެ تَسْنِيْم އޮހޭނީ އެމީހުންގެ މަތީންނެވެ.
-
28
عَيْنًا يَشْرَبُ بِهَا ٱلْمُقَرَّبُونَ
ʻAynañy yashrabu bihal Muq̣arraboon.
އެ تَسْنِيْم އަކީ ﷲ ގެ އެންމެމާތް އަޅުންނަށް ބޯންދެއްވާ އާރެކެވެ.
-
29
إِنَّ ٱلَّذِينَ أَجْرَمُوا۟ كَانُوا۟ مِنَ ٱلَّذِينَ ءَامَنُوا۟ يَضْحَكُونَ
ʹInnal laẓeena ʹajramoo kaanoo minal laẓeena ʹaamanoo yaḍḥakoon,
ހަމަކަށަވަރުން ނުލަފާކަންތައްތައްކުރާ ބޮޑެތިފާފަވެރިން خَاصّ ކޮށް (رَسُولُ الله صَلّى الله عَلَيه وَسَلم ގެޒަމާނުގައި އަދި عَامُّ ކޮށް ހުރިހާޒަމާނެއްގައިވެސް އީމާންވެގެންވާ މީސްތަކުންނަށް މަލާމާތްކޮށް ހީ ހަދާކަމުގައި ވެއެވެ.
-
30
وَإِذَا مَرُّوا۟ بِهِمْ يَتَغَامَزُونَ
Wa-ʹiẓaa marroo bihim yatag̣aamazoon;
އަދި މުއުމިނުންގެމީހުން އެކާފަރުންގެ ގާތުން ދަންޏާ އެކާފަރުން މުއުމިނުންނާއި ދިމާލަށް ލޮލުންނާއި ބުމައިން ވައްތަރުޖައްސާ އިޝާރާތްކޮށް ހަދައެވެ.
-
31
وَإِذَا ٱنقَلَبُوٓا۟ إِلَىٰٓ أَهْلِهِمُ ٱنقَلَبُوا۟ فَكِهِينَ
Wa-ʹiẓañ q̣alabooo ʹilaaa ʹahlihimuñ q̣alaboo fakiheen;
އަދިއެކާފަރުންގެމީހުން އެމީހުންގެ އަހުލުވެރިންގެ ގާތަށް (އެމީހުން ކަހަލަ އެހެންކާފަރުންގާތަށް) ހިނގައްޖެއްޔާ އެމީހުންނަށް ލިބިފައިވާ نِعْمَةُގެ ގިނަކަމުގެސަބަބުން މަޖާނެގުމާއިއެކު މުއުމިނުންނަށް މަލާމާތްކޮށް ހަދައެވެ.
-
32
وَإِذَا رَأَوْهُمْ قَالُوٓا۟ إِنَّ هَـٰٓؤُلَآءِ لَضَآلُّونَ
Wa-ʹiẓaa raʹawhum q̣aalooo ʹinna haaaʹulaaaʹi laḍaaal-loon!
އަދިއެކާފަރުންގެމީހުންނަށް މުއުމިނުން ފެނިއްޖެއްޔާބުނެއެވެ. ހަމަކަށަވަރުން މިބައިމީހުންނަކީ މަގުފުރެދިގެންވާ ބައެކެވެ. (މިބަހުގެ ޖަވާބުގައި އަންގަވައެވެ.
-
33
وَمَآ أُرْسِلُوا۟ عَلَيْهِمْ حَـٰفِظِينَ
Wa-maaa ʹursiloo ʹalayhim Ḥaafiz̤̣een.
މުއުމިނުންކުރާ ކަންތަކުން އެމީހުންވަނީ މަގުފުރެދިފައިތޯ ނުވަތަނޫންތޯ ބަލާކަށް އެކާފަރުން ފޮނުވިގެންނުވެއެވެ.
-
34
فَٱلْيَوْمَ ٱلَّذِينَ ءَامَنُوا۟ مِنَ ٱلْكُفَّارِ يَضْحَكُونَ
Fal-Yawmal laẓeena ʹaamanoo minal kuffaari yuḍḥakoon:
ފަހެ މިއަދު އެބަހީ قِيَامَة ދުވަހު އީމާންވެގެންވާ މީސްތަކުން ކާފަރުންނާއިމެދު މަލާމާތްކޮށް ހީހަދާނެއެވެ.
-
35
عَلَى ٱلْأَرَآئِكِ يَنظُرُونَ
ʻAlal ʹaraaaʹiki yañz̤̣uroon.
ކާފަރުންނަށް ނަރަކައިގެ عَذَابُ ލިބޭތަން ދެކެން ރީތިސޯފާ އެދުތައްމަތީ عِزَّة ތެރިކަމާއެކު މުއުމިނުން ތިބޭނެއެވެ.
-
36
هَلْ ثُوِّبَ ٱلْكُفَّارُ مَا كَانُوا۟ يَفْعَلُونَ
Hal s̤uwwibal kuffaaru maa- kaanoo yafʻaloon?
ހަމަކަށަވަރުން ކާފަރުން ދުނިޔޭގައި ތިބެގެން ކުރާކަމުގައިވީ ނުބައިކަންތައްތަކުގެ ސަބަބުން މެނުވީ އެމީހުންނަށް ޖަޒާދެއްވޭ ކަމުގައިނުވެއެވެ.