Back to Quran

ޖުޒްއު

Juz 29

67:1 ... 77:50 · 431 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

  1. Surah Al-MulkBegins here at 67:1

  2. 67:1

    تَبَـٰرَكَ ٱلَّذِى بِيَدِهِ ٱلْمُلْكُ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

    Tabaarakal laẓee bi-Yadihil MULK; wa-Huwa ʻalaa kulli shayʹiñ Q̣adeer:―

    އެކަލާނގެ އަތްޕުޅުގައި - ނުވަތަ އެކަލާނގެ ބާރުގެދަށުގައި - އެންމެހާ މިލްކެއްވާ ކަލާނގެ ބަރަކާތް ވަންތަ ވެވޮޑިގެންވެއެވެ. ހެޔޮތަށް ގިނަވެގެންވެއެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެން ވާ ކަލާނގެއެވެ.

  3. 67:2

    ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ

    ʹAllaẓee khalaq̣al Mawta wal-Ḥayaata liyabluwakum ʹayyukum ʹaḥsanu ʻamalaa; wa-Huwal ʻAzeezul G̣afoor;―

    އެކަލާނގެއީ މަރުވުމާއި އަދި ދިރުން ހެއްދެވި ކަލާނގެއެވެ. އެބަހީ ދުނިޔޭގައި މަރުވުމަށްފަހު އަލުން آخِرة ދުވަހަށް ދިރުއްވާ ކަލާނގެއެވެ. އެއީ ތިޔަބައިމީހުން އިމްތިޙާނު ކުރުވައި ތިޔަބައި މީހުންކުރެ ޢަމަލު ކުރުމުގައި އެންމެ ރަނގަޅީ ކާކަން އެކަލާނގެ ދެނެވޮޑިގެންވާކަން ހާމަކުރެއްވުމަށެވެ. އެކަން ތަޙްޤީޤު ކުރައްވައިދެއްކެވުމަށްޓަކައެވެ. އަދި އެކަމުގެ ޖަޒާ ދެއްވުމަށެވެ. އަދި އެކަލާނގެއީ ގަދަފަދަ ވަންތަ އަދި ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.

  4. 67:3

    ٱلَّذِى خَلَقَ سَبْعَ سَمَـٰوَٰتٍ طِبَاقًا ۖ مَّا تَرَىٰ فِى خَلْقِ ٱلرَّحْمَـٰنِ مِن تَفَـٰوُتٍ ۖ فَٱرْجِعِ ٱلْبَصَرَ هَلْ تَرَىٰ مِن فُطُورٍ

    ʹAllaẓee khalaq̣a sabʻa samaawaatiñ ṭibaaq̣aa: maa- taraa fee Khalq̣ir Raḥmaani miñ tafaawut. Farjiʻil baṣara hal taraa miñ fuṭoor?

    އެކަލާނގެއީ އެއްއުޑުގެ މަތީ އަނެއް އުޑު ވާނޭ ގޮތުން މަތިމައްޗައް ހަތް އުޑު ހެއްދެވި ކަލާނގެއެވެ. އަދި رَحْمَن ވަންތަކަލާނގެ އުފެއްދެވުމުގައި އެއްވެސް ހަމަނުޖެހުމެއް އުނިކަމެއް އަދިއެއްވެސް ތަފާތު ކަމެއްވާތީ ކަލޭ ނުދެކޭނެއެވެ. އަޅެ ކަލޭގެ ލޯ ރަނގަށް ހިންގައި އެއިން އުޑެއްގައި އެއްވެސް ރެނދެއް އަދި ފެޅުމެއް ފޫވެއްޓުމެއްވޭތޯ ރަނގަޅަށް ބަލައިބަލާށެވެ.

  5. 67:4

    ثُمَّ ٱرْجِعِ ٱلْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ ٱلْبَصَرُ خَاسِئًا وَهُوَ حَسِيرٌ

    S̤ummar jiʻil baṣara karratayni yañq̣alib ʹilaykal baṣaru khaasiʹañw wahuwa ḥaseer.

    އަދި ތަކުރާރުކޮށް ދެވަނަ ފަހަރަށްވެސް ލޯހިންގައިބެލީމާވެސް އެއިން ބާކޮޅެއް ރޮނގެއް ނުފެނުމުގެސަބަބުން ކަލޭގެ نَظَرُ ކަލޭގެ ގާތަށް އެނބުރިދާނީ ދެރަވެ ނިކަމެތިވެ ވަރުބަލި ވެގެންވާ ޙާލުގައެވެ. އެބަހީ އެއްވެސް ގޮތަކުން ރޮނގެއް، ބާކޮޅެއް ފޫވެއްޓުމެއް ނުހުންނާނެއެވެ.

  6. 67:5

    وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَـٰبِيحَ وَجَعَلْنَـٰهَا رُجُومًا لِّلشَّيَـٰطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ

    Wa-laq̣ad zayyannas samaaaʹad dunyaa bimaṣaabeeḥa wa-jaʻalnaahaa rujoomal lishshayaaṭeeni wa-ʹaʻtadnaa lahum ʻaẓaabas Saʻeer.

    އަދި ހަމަކަށަވަރުން ދުނިޔެއާއި އެންމެގާތުގައިވާއުޑު ބައްތިތަކަކުން ތިމަންރަސްކަލާނގެ ޒީނަތްތެރި ކުރެއްވީމެވެ. އެބަހީ ތަރިތަކުން ޒީނަތްތެރި ކުރެއްވީމެވެ. އެތަރިތަކަކީ އުޑުން ވައްކަންކުރާ شَيْطَان ގައިގާ ޖެހެވޭ އެއްޗެއްކަމުގައިވެސް ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި آخِرة ދުވަހުން އެސޮރުމެންނަށް ގަދަ އަލިފާނުގެ عَذَاب އެއް ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.

  7. 67:6

    وَلِلَّذِينَ كَفَرُوا۟ بِرَبِّهِمْ عَذَابُ جَهَنَّمَ ۖ وَبِئْسَ ٱلْمَصِيرُ

    Wa-lillaẓeena kafaroo bi-Rabbihim ʻAẓaabu Jahannam: wa-biʻsal maṣeer.

    އަދި ކާފަރުވީ މީސްތަކުންނަށް އެބައިމީހުންގެ رَبُّ ގެ حَضْرَةُ ގައި ހުރީ ނަރަކައިގެ ޢަޒާބެވެ. އެއީ ގޮސްތިބުން ނުބައިވެގެންވާ ތަނެކެވެ.

  8. 67:7

    إِذَآ أُلْقُوا۟ فِيهَا سَمِعُوا۟ لَهَا شَهِيقًا وَهِىَ تَفُورُ

    ʹIẓaaa ʹulq̣oo feehaa samiʻoo lahaa shaheeq̣añw wahiya tafoor,―

    އެނަރަކައިގެ ތެރެއަށް އެބައިމީހުން އުކައިލެވިއްޖެއްޔާ އެނަރަކައިގެތެރެއިން ހިމާރު ހަޅޭލަވައި ގަންނަކަހަލަ ނުބައިއަޑުފަށްގަޑެއް އެމީހުން އަހާނެއެވެ. އޭރު އެނަނަރަކައޮންނާނީ މީސްތަކުންނާއި އެކު ކެކިކެކި އެވެ.

  9. 67:8

    تَكَادُ تَمَيَّزُ مِنَ ٱلْغَيْظِ ۖ كُلَّمَآ أُلْقِىَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَآ أَلَمْ يَأْتِكُمْ نَذِيرٌ

    Takaadu tamayyazu minal g̣ayz̤̣: kullamaaa ʹulq̣iya feehaa fawjuñ saʹalahum khazanatuhaaa ʹalam yaʹtikum Naẓeer?

    އެނަރަކައެމީހުން ދެކެ ރުޅިއަރައިގަނެގެން ކުދިކުދިވާން ގާތްވެގެންވެއެވެ. އަދި އޭގެތެރެއަށް ނަރަކަވަންތަވެރިންގެ ފައުޖެއް އަޅައިލެވޭ ކޮންމެހިދެއްގައި އެނަރަކަ ބަލަހައްޓަންތިއްބަވާ ޒަބާނިއްޔަ މަލާއިކަތް ބޭކަލުން އެމީހުންނާއި ސުވާލުކުރައްވާނެއެވެ. އެބޭކަލުން ވިދާޅުވާނެއެވެ. ކަލޭމެންގެ ގާތަށް ފަހެ (މިތަނާއިމެދު) ބިރުގަންނަވާނޭ ބޭކަލަކު ވަޑައި ނުގަންނަވަނީ ހެއްޔެވެ؟

  10. 67:9

    قَالُوا۟ بَلَىٰ قَدْ جَآءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ ٱللَّهُ مِن شَىْءٍ إِنْ أَنتُمْ إِلَّا فِى ضَلَـٰلٍ كَبِيرٍ

    Q̣aaloo balaa q̣ad jaaaʹanaa Naẓeer; fakaẓẓabnaa waq̣ulnaa maa- nazzalal laahu miñ shayʹ: ʹin ʹañtum ʹillaa fee ḍalaaliñ kabeer!

    އެމީހުން ދަންނަވާނެއެވެ. ނޫނެކެވެ ރަސޫލުބޭކަލުން ވަޑައިގެންނެވިއެވެ. ނަމަވެސް އަހުރެމެން އެބޭކަލުން ދޮގުކުރީއެވެ. އަދިއަހުރެމެން އެބޭކަލުންނަށް ދެންނެވީ الله އެއްވެސް އެއްޗެއް ބާވާތްނުލައްވާކަމުގައެވެ. އަދިކިއެއްހެއްޔެވެ. ތިޔަބޭކަލުން ތިޔަވަނީ ބަޔާންވެގެންވާ ބޮޑުމަގުފުރެދުމެއްގައެވެ.

  11. 67:10

    وَقَالُوا۟ لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِىٓ أَصْحَـٰبِ ٱلسَّعِيرِ

    Wa-q̣aaloo law kunnaa nasmaʻu ʹaw naʻq̣ilu maa- kunnaa feee ʹAṣḥaabis Saʻeer!

    އަދިއެމީހުން އެނަރަކައިގާ ތިބެގެން ބުނާނެއެވެ. އަހުރެމެންވެސް އެބޭކަލުންގެބަސް އަހައި ވިސްނައިގެން ސިކުނޑީގެ ބޭނުންކޮށްގެން ދުނިޔޭގައި އުޅުނުނަމަ އަލިފާނުގެ އެކުވެރިންކަމުގައިވެގެން އޭގެތެރޭގައި މިއަދު ތިބޭކަށްނުޖެހުނީހެވެ. (އެކަމަކު އޭރުދެން އެއީ ހަމަހުސްނަމައެކެވެ.)

  12. 67:11

    فَٱعْتَرَفُوا۟ بِذَنۢبِهِمْ فَسُحْقًا لِّأَصْحَـٰبِ ٱلسَّعِيرِ

    Faʻtarafoo biẓambihim: fasuḥq̣al liʹAṣḥaabis Saʻeer!

    ދެންފަހެ އެމީހުން އެމީހުންގެ ފާފައަށް إعْتِرَافُ ވާނެއެވެ. ނަމަވެސް الله އާއި އެކަލާނގެ رَحْمَة އެމީހުންނާއިހުރިދުރުކަމާއެވެ! (اللهُمَّ أَجِرْنَا مِنَ النَّارِ... آمِيْن)

  13. 67:12

    إِنَّ ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ

    ʹInnal laẓeena yakhshawna Rabbahum̃ bilg̣aybi lahum Mag̣firatuñw WaʹAjruñ kabeer.

    ހަމަކަށަވަރުން غَيْبُ ގައި ވޮޑިގެންވާ އެބައިމީހުންގެ رَبُّ އަށް ބިރުވެތިވިމީސްތަކުން ނަށް އެކަލާނގެ حَضْرَةُ ން ފާފަ ފުއްސެވުމާއި ބޮޑުވެގެންވާ ދަރުމަވެއެވެ. އެއީ ނިޢްމަތްތަކު ގެވެރި ސުވަރުގެއެވެ.

  14. 67:13

    وَأَسِرُّوا۟ قَوْلَكُمْ أَوِ ٱجْهَرُوا۟ بِهِۦٓ ۖ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ

    Wa-ʹasirroo q̣awlakum ʹawij haroo bih; ʹinnahoo ʻAleemum biẓaatiṣ ṣudoor.

    (އޭމީސްތަކުންނޭވެ!) ކަލޭމެން ބަސްބާރަށް ބުނެ އަޑުހަރުކުރުމެކޭ އަދި އަޑު މަޑުކޮށް ސިއްރުން ބަސްބުނުމެކޭ އެކަލާނގެ حَضْرَةُ އަށް ހަމަހަމަވެގެންވެއެވެ. ހަމަކަށަވަރުން ހިތްތަކުގެ އަޑީގައި ވާހާ ތަކެއްޗަށް ދާނދެން އެކަލާނގެ ދެނެވޮޑިގެންވެއެވެ.

  15. 67:14

    أَلَا يَعْلَمُ مَنْ خَلَقَ وَهُوَ ٱللَّطِيفُ ٱلْخَبِيرُ

    ʹAlaa yaʻlamu man khalaq̣? Wa-Huwal Laṭeeful Khabeer.

    އެންމެހައި ތަކެތި ހެއްދެވި ކަލަކަށް އެތަކެތީގެ ސިއްރު ނޭގޭނޭ ހެއްޔެވެ؟ އެކަލާނގެއީއެކަލާނގެ ދެނެވޮޑިގަތުން ނުހަނުތަނަވަސްވެ ވޮޑިގެންވާ އަދި އެންމެހައި ޚަބަރުތައް ދެނެވޮޑިގެންވާ ކަލާނގެއެވެ.

  16. 67:15

    هُوَ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ ذَلُولًا فَٱمْشُوا۟ فِى مَنَاكِبِهَا وَكُلُوا۟ مِن رِّزْقِهِۦ ۖ وَإِلَيْهِ ٱلنُّشُورُ

    Huwal laẓee jaʻala lakumul ʹarḍa ẓaloolañ famshoo fee manaakibihaa wa-kuloo mir rizq̣ih: wa-ʹilayhin Nushoor.

    އަދި ކަލޭމެނަށްޓަކައި ބިންގަނޑު ނުހަނު ފަސޭހަ ކިޔަމަންތެރި ތަނެއްކަމުގައި ހެއްދެވީވެސް އެކަލާނގެއެވެ. ފަހެ ކަލޭމެން އެބިމުގެ އެކިފަރާތް ފަރާތުގައި ހިގާބިނގާވެ ހަދައިބަލާށެވެ. އަދި އެތާގައިވާ ރިޒުޤުން ނުވަތަ އެކަލާނގެ ދެއްވި ރިޒުޤުން ކަލޭމެން ކައިބޮއި ހަދާށެވެ! އަދި ކަލޭމެން އެނބުރި مَحْشَرُ އަށް ޖަމާކުރެއްވުން ވަނީވެސް ހަމައެކަލާނގެ حَضْرَةُ އަށެވެ.

  17. 67:16

    ءَأَمِنتُم مَّن فِى ٱلسَّمَآءِ أَن يَخْسِفَ بِكُمُ ٱلْأَرْضَ فَإِذَا هِىَ تَمُورُ

    ʹA-ʹamiñtum mañ fis Samaaaʹi ʹañy yakhsifa bikumul ʹarḍa faʹiẓaa hiya tamoor?

    ކަލޭމެން ފަހެ ތިޔަތިބީ އުޑުގައިވާ ކަލާނގެ ކަލޭމެންނާއިގެން ބިންގަނޑު ގަންބަވައި ނުގަންނަވާނެކަމާއިމެދު އަމާންވެގެން ހެއްޔެވެ؟ އަދި އެބިންގަނޑު ގަންބަވައިގެންފިނަމަ އެބިންގަނޑު ދެން ޙަރަކާތްތެރިވެ ބޭޤަރާރުވެދާނެއެވެ.

  18. 67:17

    أَمْ أَمِنتُم مَّن فِى ٱلسَّمَآءِ أَن يُرْسِلَ عَلَيْكُمْ حَاصِبًا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ

    ʹAm ʹamiñtum mañ fis Samaaaʹi ʹañy yursila ʻalaykum ḥaaṣibaa? Fasataʻlamoona kayfa naẓeer.

    ނުވަތަ ކަލޭމެން ތިޔަތިބީ އުޑުގައިވާ ކަލާނގެ ކަލޭމެންގެ މައްޗަށް އުޑުން ހިލަތަކެއްފޮނުއްވުމާއިމެދު އަމާންވެގެން ހެއްޔެވެ؟ އޭރުން އެބަހީ ހިލަތަކެއްފޮނުއްވައިފީ ވިއްޔާ އޭރުން ދެން ތިމަންރަސްކަލާނގެ އިންޒާރާއި ބިރުގެންނެވުންހުރީ ކޮންފަދައަކުން ކަން ނިކަންހުރެ ކަލޭމެންނަށް އެގިދާނެއެވެ.

  19. 67:18

    وَلَقَدْ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ فَكَيْفَ كَانَ نَكِيرِ

    Wa-laq̣ad kaẓẓabal laẓeena miñ q̣ablihim fakayfa kaana nakeer?

    އަދި ހަމަކަށަވަރުން އެމީހުންގެ ކުރީގެމީހުން (ރަސޫލު ބޭކަލުން) ދޮގުކުރިއެވެ. އެމީހުންގެމައްޗަށް ތިމަންރަސްކަލާނގެ އިންކާރު އަދި ތިމަންރަސްކަލާނގެ ކޯފާވީކޮންފަދައަކުން ހެއްޔެވެ؟ އެމީހުންގެމައްޗަށް އެކަންކަން ވެގެންދިޔައީ ބިރުހުރި އަދި ނުރައްކާތެރި ކަންތައްތައްކަމުގައެވެ.

  20. 67:19

    أَوَلَمْ يَرَوْا۟ إِلَى ٱلطَّيْرِ فَوْقَهُمْ صَـٰٓفَّـٰتٍ وَيَقْبِضْنَ ۚ مَا يُمْسِكُهُنَّ إِلَّا ٱلرَّحْمَـٰنُ ۚ إِنَّهُۥ بِكُلِّ شَىْءٍۭ بَصِيرٌ

    ʹAwalam yaraw ʹilaṭ ṭayri fawq̣ahum ṣaaaffaatiñw Wayaq̣biḍn? Maa- yum-siku-hunna ʹillar Raḥmaan: ʹinnahoo bikulli shayʹim Baṣeer.

    އެމީހުން ފަހެ އެމީހުންގެ މަތީ ފިޔަހުޅުވައި ފަތުރައިގެން ނާއި އަދި ފިޔަ މޯޅިކޮށްގެންއެވާ ދޫނިތަކަށް ނުބަލަނީ ހެއްޔެވެ؟ އެތަކެތި ބިންމައްޗަށް ވެއްޓުނަނުދީ އެހިފަހައްޓަވަނީ رَحْمَن ވަންތަ ކަލާނގެ ފިޔަވައި އެހެން މީހެއްނޫނެވެ. (އެސޮރުމެން އެހިފަހައްޓަވަނީ ހަމައެކަލާނގެއެވެ. ހަމަކަށަވަރުން އެކަލާނގެ ހުރިހާއެއްޗަކަށް ބައްލަވާ ވޮޑިގެންވެއެވެ.

  21. 67:20

    أَمَّنْ هَـٰذَا ٱلَّذِى هُوَ جُندٌ لَّكُمْ يَنصُرُكُم مِّن دُونِ ٱلرَّحْمَـٰنِ ۚ إِنِ ٱلْكَـٰفِرُونَ إِلَّا فِى غُرُورٍ

    ʹAmman haaẓal laẓee huwa juñdul lakum yañṣurukum miñ doonir Raḥmaan? ʹInil kaafiroona ʹillaa fee g̣uroor.

    رَحْمَن ވަންތަ ރަސްކަލާނގެ ނަޞްރު ނުދެއްވައިފިއްޔާ ދެން ކަލޭމެންނަށް ނަޞްރުދޭނޭ މީހަކީ ކާކު ހެއްޔެވެ؟ އެފަދަމީހަކުވޭހެއްޔެވެ؟ (އެއްގޮތަކަށްވެސް އެފަދަމީހަކު ނުވާނެއެވެ.) ކާފަރުން އެވަނީ ބޮޑުވެގެންވާ ހެއްލުމެއްގެ ތެރޭކަމުގައެވެ.

  22. 67:21

    أَمَّنْ هَـٰذَا ٱلَّذِى يَرْزُقُكُمْ إِنْ أَمْسَكَ رِزْقَهُۥ ۚ بَل لَّجُّوا۟ فِى عُتُوٍّ وَنُفُورٍ

    ʹAmman haaẓal laẓee yarzuq̣ukum ʹin ʹamsaka Rizq̣ah? Bal lajjoo fee ʻutuwwiñw Wanufoor.

    އަދިއެކަލާނގެ ކަލޭމެނަށް ރިޒުޤު ނުދެއްވައި ހިފަހައްޓަވައިފިއްޔާ ދެން ކަލޭމެނަށް އެރިޒުޤުދެނޭމީހަކީ ކާކުހެއްޔެވެ؟ އެފަދަމީހަކުވޭހެއްޔެވެ؟ އެފަދަމީހަކު ނުވާނެކަން ކަށަވަރެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުންދެމިއެތިބެނީ ނުކިޔަމަންތެރިކަމާއި ދެކޮޅުވެރިކަމުގައެވެ.

  23. 67:22

    أَفَمَن يَمْشِى مُكِبًّا عَلَىٰ وَجْهِهِۦٓ أَهْدَىٰٓ أَمَّن يَمْشِى سَوِيًّا عَلَىٰ صِرَٰطٍ مُّسْتَقِيمٍ

    ʹAfamañy yamshee mukibban ʻalaa wajhiheee ʹahdaaa ʹammañy yamshee sawiyyan ʻalaa Ṣiraaṭim Mustaq̣eem.

    އަޅެފަހެ އެމީހެއްގެ މޫނުވަތަށްއޮވެގެން ހިގާމީހާ އާއި ސީދާމަގުގައި ރަނގަޅަށް ތެދަށްހުރެ ހިގާމީހާއާއި ދެމީހުންކުރެ ރަނގަޅަށް ހިގޭނީ ކާކަށްހެއްޔެވެ؟ ސިދާމަގުގައި ވާނީކާކުހެއްޔެވެ؟

  24. 67:23

    قُلْ هُوَ ٱلَّذِىٓ أَنشَأَكُمْ وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَٱلْأَفْـِٔدَةَ ۖ قَلِيلًا مَّا تَشْكُرُونَ

    Q̣ul Huwal laẓeee ʹañshaʹakum wa-jaʻala lakumus samʻa wal-ʹabṣaara wal-ʹafʹidah: q̣aleelam maa tashkuroon.

    (ރަސޫލު ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ހެއްދެވީ ހަމަ އެކަލާނގެއެވެ. އަދި އެކަލާނގެ ކަލޭމެންނަށް އިވުމާއި ފެނުމާއި ވިސްނާ ފިކުރުކުރުމަށް ހިތްލެއްވިއެވެ! އެކަންކަމަށްވެސް ކަލޭމެން ޝުކުރު ކުރަނީ ދާދި މަދުންނެވެ.

  25. 67:24

    قُلْ هُوَ ٱلَّذِى ذَرَأَكُمْ فِى ٱلْأَرْضِ وَإِلَيْهِ تُحْشَرُونَ

    Q̣ul Huwal laẓee ẓaraʹakum fil ʹarḍi wa-ʹilayhi tuḥsharoon.

    (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ހައްދަވައި ބިމުގައިފެތުރުއްވެވީ ހަމަ އެކަލާނގެއެވެ. އަދި ކަލޭމެން މަޙްޝަރު ކުރެވޭނީވެސް (އެއްކުރެވޭނީވެސް) ހަމަ އެކަލާނގެ ޙަޟްރަތަށެވެ.

  26. 67:25

    وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ

    Wa-yaq̣ooloona mataa haaẓal waʻdu ʹiñ kuñtum ṣaadiq̣een.

    އަދި އެކާފަރުންގެ މީހުން ބުނެއެވެ. (އޭ މުއްމިނުންނޭވެ.) ކަލޭމެންނީ ބުނާބަހުގައި ތެދުވެރިން ކަމުގައި ވަޏާއި ނިކަން ބުނެބަލާށެވެ. ތިޔަ ވަޢްދުކުރާ ޤިޔާމަތް ދުވަހެއްވާނީ ކޮންއިރަކުން ހެއްޔެވެ.

  27. 67:26

    قُلْ إِنَّمَا ٱلْعِلْمُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٌ مُّبِينٌ

    Q̣ul ʹinnamal ʻilmu ʻiñdal laah: wa-ʹinnamaaa ʹana Naẓeerum mubeen.

    (އޭ ރަސޫލު اللهއެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަކަމުގެ އެނގުންވާކަން ކަށަވަރީ ﷲގެ ޙަޟްރަތު ގައެވެ. (އަހުރެމެންނަކަށް ނޭނގެއެވެ.) އަހުރެން ވާކަން ކަށަވަރީ ނަޛީރަކުކަމުގައެވެ. އެބަހީ އެކަމުގެ ވާހަކައިން ބިރުގަންނަވާ ބޭކަލަކުކަމުގައެވެ.

  28. 67:27

    فَلَمَّا رَأَوْهُ زُلْفَةً سِيٓـَٔتْ وُجُوهُ ٱلَّذِينَ كَفَرُوا۟ وَقِيلَ هَـٰذَا ٱلَّذِى كُنتُم بِهِۦ تَدَّعُونَ

    Falammaa raʹawhu zulfatañ seeeʹat wujoohul laẓeena kafaroo wa-q̣eela haaẓal laẓee kuñtum̃ bihee taddaʻoon!

    ދެންފަހެ ދާދި ގާތުން އެމީހުންނަށް އެ ޢަޛާބު ފެންނަހިނދުން ކާފަރުވީ މީސްތަކުންގެ މޫނުތައް މުޅިން ނުބައިވެ ކަޅުވެދާ ހުއްޓެވެ. އަދި އެމީހުންނަށް އެންގޭނެއެވެ. މި ޢަޛާބަކީ ނުވަތަ ތިޔަ ފެންނަ ޢަޛާބުގެ މަންޒަރަކީ ކަލޭމެން ދުނިޔޭގައި އެކަމަށް އެދި ސުވާލުކުރި ޢަޛާބެކެވެ.

  29. 67:28

    قُلْ أَرَءَيْتُمْ إِنْ أَهْلَكَنِىَ ٱللَّهُ وَمَن مَّعِىَ أَوْ رَحِمَنَا فَمَن يُجِيرُ ٱلْكَـٰفِرِينَ مِنْ عَذَابٍ أَلِيمٍ

    Q̣ul ʹaraʹaytum ʹin ʹahlakaniyal laahu wa-mam maʻiya ʹaw raḥimanaa famañy yujeerul kaafireena min ʻAẓaabin ʹaleem.

    (އޭ ރަސޫލު اللهއެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންނާއި އަހުރެންނާއެކު މިވާ މުއްމިނުން اللهހަލާކު ކުރަށްވާ މަރުއްވައިފިއްޔާ ނުވަތަ އެކަލާނގެ އަހުރެމެން ނުމަރުއްވާ އަހުރެމެންނަށް ރަޙްމަތް ލައްވައިފިއްޔާއި، ފަހެ ކާފަރުންނަށް ސަލާމަތްކަންދީ އެމީހުން މިންޖު ކޮށްދޭނީ ފަހެ ކާކުހެއްޔެވެ. ވޭންދެނިވި ޢަޛާބުން އެމީހުން ސަލާމަތް ކުރާނީ ކާކުހެއްޔެވެ؟ (ހަމަ އެކަކުވެސް ނުހުންނާނެއެވެ.)

  30. 67:29

    قُلْ هُوَ ٱلرَّحْمَـٰنُ ءَامَنَّا بِهِۦ وَعَلَيْهِ تَوَكَّلْنَا ۖ فَسَتَعْلَمُونَ مَنْ هُوَ فِى ضَلَـٰلٍ مُّبِينٍ

    Q̣ul Huwar Raḥmaanu ʹaamannaa bihee wa-ʻalayhi tawakkalnaa: fasataʻlamoona man huwa fee ḍalaalim mubeen.

    (އޭ ރަސޫލު الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އެއީ رَّحْمَـٰنُ ވަންތަ اللهއެވެ. (އެބަހީ ކަލޭމެން އެފަރާތަކަށް އަޅުކަން ކުރުމަށް މި ގޮވާ އެއްކައުވަންތަ ކަލާނގެއަކީ رَّحْمَـٰنُ ވަންތަ ކަލާނގެއެވެ.) އަހުރެމެންމިވަނީ އެފަރާތަށް އީމާން ވެގެންނެވެ. އަދި އަހުރެމެން ހުރިހާ ކަމެއްގައި ވަކީލު ކޮށް އިތުބާރު ކުރަނީ ހަމަ އެކަލާނގެއަށެވެ. މީސްތަކުންގެ ތެރެއިން މަގުފުރެދިގެންވާ މީހުންނަކީ ކޮންބައެއްކަން ނިކަންހުރެ ކަލޭމެންނަށް އެނގިދާނެއެވެ.

  31. 67:30

    قُلْ أَرَءَيْتُمْ إِنْ أَصْبَحَ مَآؤُكُمْ غَوْرًا فَمَن يَأْتِيكُم بِمَآءٍ مَّعِينٍۭ

    Q̣ul ʹaraʹaytum ʹin ʹaṣbaḥa maaaʹukum g̣awrañ famañy yaʹteekum̃ bimaaaʹim maʻeen?

    (އޭ ރަސޫލު اللهއެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ތިޔަ ބޮއި އަދި ބޭނުންކޮށްތިޔައުޅޭފެން ބިމުގެ އަޑިޔަށް އެކަށްގޮސް ހުސްވެ ފެން ނެތިއްޖެއްޔާ ދެން ކަލޭމެންނަށް މީރުފެން ގެނަސް ދޭނީ ފަހެ ކާކުހެއްޔެވެ؟ (ޖަވާބަކަށްވާނީ އެކަކުވެސް ނުހުންނާނެއެވެ. އެހެންވީއިރު ދެންކަލޭމެންއެފަރާތައް އީމާންވެ އެފަރާތަށް އެކަނި އަޅުކަން އިޚްލާޞް ތެރި ނުކުރަނީ ކީއްވެހެއްޔެވެ؟)

  32. Surah Al-QalamBegins here at 68:1

  33. 68:1

    نٓ ۚ وَٱلْقَلَمِ وَمَا يَسْطُرُونَ

    NOOON. WALQ̣ALAMI wa-maa yasṭuroon,―

    ن: މިއަކުރަކީ ޤުރްއާނުގެ ބައެއް ސޫރަތް ފެށޭ ތަންތާ ހުންނަފަދަ ވަކި އަކުރުތަކުގެތެރެއިންވާ އަކުރެކެވެ. އެ އަކުރުގެ ފުރިހަމަ މުރާދު ދެނެވޮޑިގެންވަނީ ހަމައެކަނި الله އެވެ. ޤަލަމް އާއި ޤަލަމުން ލިއުއްވާ ބޭކަލުން ލިއުއްވާ ތަކެތި ގަންދެއްވައި الله ހުވައި وحي ކުރައްވައެވެ.

  34. 68:2

    مَآ أَنتَ بِنِعْمَةِ رَبِّكَ بِمَجْنُونٍ

    Maaa ʹañta biniʻmati Rabbika bimajnoon.

    (އޭ ރަސޫލު ﷲ އެވެ!) ކަލޭގެފާނުންގެ رب ދެއްވި ނިޢްމަތުގެ ސަބަބުން ކަލޭގެފާނަކީ މޮޔައަކު ކަމުގައި ނުވެއެވެ. (އެބަހީ ނަބީކަމުގެ ނިޢްމަތާއި އަދި ރިޔާސަތު ކަލޭގެފާނަށް ދެއްވުމުގެ ސަބަބުން ކަލޭގެފާނު މޮޔަބޭކަލަކު ކަމުގައި ނުވެއެވެ. މިއީ މައްކާގެ ކާފަރުން އެކަލޭގެފާނު އެހުރީ وحي ގެ ސަބަބުން މޮޔަވެފައޭ ނުވަތަ ޖިންނި ބަލިޖެހިގެން މޮޔަވެފައޭ ކިޔަންފެށުމުން އޭގެ ރައްދުގައި ބާވައި ލެއްވި ބަސްފުޅެކެވެ. އެކަލޭގެފާނު އެހުންނެވީ މޮޔަވެފައިނޫންކަން އެންމެންނަށް އެންގެވީއެވެ.)

  35. 68:3

    وَإِنَّ لَكَ لَأَجْرًا غَيْرَ مَمْنُونٍ

    Wa-ʹinna laka laʹAjran g̣ayra mamnoon:

    އަދި ހަމަކަށަވަރުން ކަލޭގެފާނަށް ކެނޑިގެން ނުދާފަދަ ބޮޑު ނިޢްމަތެއްވެއެވެ.

  36. 68:4

    وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ

    Wa-ʹinnaka laʻalaa khuluq̣in ʻaz̤̣eem.

    އަދި ހަމަކަށަވަރުން ކަލޭގެފާނު ވަނީ ކަނޑައެޅިގެން ބޮޑުވެގެންވާ މާތް ޚުލްޤު ފުޅެއްގައެވެ.

  37. 68:5

    فَسَتُبْصِرُ وَيُبْصِرُونَ

    Fasatubṣiru wa-yubṣiroon,

    ،(6) (އޭ މުޙައްމަދުގެފާނެވެ!) ކަންތައްތައް ރަނގަޅަށް ސާފުކޮށް އެނގޭހިނދުން ދުނިޔޭން މޮޔަވެފައިވަނީ ކާކުކަން އެމީހުންނަށް ރަނގަޅަށް އެނގިދާނެއެވެ. މޮޔަވެފައި ވަނީ އެމީހުންތޯ ނުވަތަ ކަލޭގެފާނުތޯ އެނގިދާނެއެވެ. ނިކަންހުރެ ކަލޭގެފާނު އެތަން ދެކެވަޑައިގަންނަވާނެއެވެ. އަދި އެމީހުންވެސް ނިކަންހުރެ އެތަން ދެކޭނެއެވެ.

  38. 68:6

    بِأَييِّكُمُ ٱلْمَفْتُونُ

    Biʹayyikumul maftoon.

    ،(6) (އޭ މުޙައްމަދުގެފާނެވެ!) ކަންތައްތައް ރަނގަޅަށް ސާފުކޮށް އެނގޭހިނދުން ދުނިޔޭން މޮޔަވެފައިވަނީ ކާކުކަން އެމީހުންނަށް ރަނގަޅަށް އެނގިދާނެއެވެ. މޮޔަވެފައި ވަނީ އެމީހުންތޯ ނުވަތަ ކަލޭގެފާނުތޯ އެނގިދާނެއެވެ. ނިކަންހުރެ ކަލޭގެފާނު އެތަން ދެކެވަޑައިގަންނަވާނެއެވެ. އަދި އެމީހުންވެސް ނިކަންހުރެ އެތަން ދެކޭނެއެވެ.

  39. 68:7

    إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ

    ʹInna Rabbaka Huwa ʹaʻlamu bimañ ḍalla ʻañ Sabeelih: wa-Huwa ʹAʻlamu bil-Muhtadeen.

    ތިމާ ސީދާ މަގުންނެއްޓި މަގުފުރެދިފަވަނީ ކާކުކަން ކަލޭގެފާނުންގެ رب މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ސީދާ ތެދުމަގުގައި ވަނީ ކާކުކަންވެސް އެކަލާނގެ މޮޅަށް ދެނެވޮޑިގެން ވެއެވެ.

  40. 68:8

    فَلَا تُطِعِ ٱلْمُكَذِّبِينَ

    Falaa tuṭiʻil mukaẓẓibeen.

    ފަހެ ކަލޭގެފާނު ދޮގުހަދާމީހުންނަށް ކިޔަމަންތެރިވެވަޑައި ނުގަންނަވާށެވެ.

  41. 68:9

    وَدُّوا۟ لَوْ تُدْهِنُ فَيُدْهِنُونَ

    Waddoo law tudhinu fayudhinoon.

    އެމީހުން އެބަހީ މައްކާގެ މުޝްރިކުން އެދެނީ ކަލޭގެފާނު އެމީހުންނަށް ދޫދީ މަޑުމައިތިރިގޮތް ބެހެއްޓުމަށެވެ. އޭރުން އެމީހުންވެސް ކަލޭގެފާނަށް ދޫދީ މަޑުމައިތިރިވުމަށެވެ. - އެމީހުންގެ ބޭނުމަކީ ކަލޭގެފާނު އެމީހުންގެ ބުދުތަކަށް ހުތުރުބަސް ނުބުނެ އެމީހުން އަޅުކަންކުރާގޮތަކަށް ކުރުމަށްދޫކުރެއްވުމެވެ. އޭރުން އެމީހުންވެސް ކަލޭގެފާނު އަޅުކަންކުރާގޮތާއި ނުބެހުމެވެ. -

  42. 68:10

    وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ

    Wa-laa tuṭiʻ kulla ḥallaafim maheen,

    އަދި އެމީހަކު ނިކަމެތި އަދި ދެރަ އަދި ގިނަގިނައިން ހުވައިކުރާ ކޮންމެ މީހަކަށް (އެއްވެސް މީހަކަށް) ކަލޭގެފާނު ކިޔަމަންތެރިވެ ވަޑައިނުގަންނަވާށެވެ.

  43. 68:11

    هَمَّازٍ مَّشَّآءٍۭ بِنَمِيمٍ

    Hammaazim mashshaaaʹim binameem,

    އަދި މީސްތަކުންނަށް ހުތުރު އެއްޗެތިކިޔާ އަދި غِيْبَ ބުނާ އަދި ދޭދޭ ދެމީހުންގެ ދޭތެރެ ފާސިދުކުރުމަށް ދެބައޮޑުވަމުން ހިނގާ (އެއްވެސްމީހަކަށް ކަލޭގެފާނު ކިޔަމަންތެރިވެ ވަޑައިނުގަންނަވާށެވެ.

  44. 68:12

    مَّنَّاعٍ لِّلْخَيْرِ مُعْتَدٍ أَثِيمٍ

    Mannaaʻil lilkhayri muʻtadin ʹas̤eem,

    އަދި އެމީހަކު ހެޔޮކަންތައްތައްމަނާކުރާ އަދި އަނިޔާވެރިކަމުގައި ހައްދު ފަހަނައަޅާފައިވާ އަދި ފާފަކުރުންގިނަ (އެއްވެސްމީހަކަށް ކަލޭގެފާނު ކިޔަމަންތެރިވެ ވަޑައި ނުގަންނަވާށެވެ.)

  45. 68:13

    عُتُلٍّۭ بَعْدَ ذَٰلِكَ زَنِيمٍ

    ʻUtullim baʻda ẓaalika zaneem,―

    އަދި އެމީހާ އަޚްލާޤު ނުބައި ހަރުކަށި އަދި މިބަޔާންވެދިޔަ ހުތުރު ހުރިހާސިފަސިފަޔަކަށްފަހު އަދި އެމީހާ އެމީހާގެ ނަސަބާއިމެދު ތުހުމަތު ކުރެވޭ ނުވަތަ މީހުންގެތެރޭ ނުބައިކަމަށް މަޝްހޫރުވެގެންވާ މީހަކު ކަމުގައި އެމީހާވާނެއެވެ.

  46. 68:14

    أَن كَانَ ذَا مَالٍ وَبَنِينَ

    ʹAñ kaana ẓaa maaliñwwa baneen.

    އެމީހާ މުދާވެރިއަކަށްވީތީ ނުވަތަ ދަރިންގިނަމީހަކަށްވީތީ (އެމީހާއަށް ކިޔަމަންތެރިވެވަޑައި ނުގަންނަވާށެވެ.)

  47. 68:15

    إِذَا تُتْلَىٰ عَلَيْهِ ءَايَـٰتُنَا قَالَ أَسَـٰطِيرُ ٱلْأَوَّلِينَ

    ʹIẓaa tutlaa ʻalayhi ʹAayaatunaa q̣aala ʹAsaaṭeerul ʹAwwaleen!

    ތިމަންރަސްކަލާނގެ އާޔަތްތައް އެމީހަގެ މައްޗަށް ކިޔެވިއްޖެއްޔާ ވެސް އޭނާބުނާނީ ތިޔައީ އިސްވެދިމީހުން ދައްކާފައިވާ ދޮގު ފުލޯކު ވާހަކަތަކެއް ކަމުގައެވެ.

  48. 68:16

    سَنَسِمُهُۥ عَلَى ٱلْخُرْطُومِ

    Sanasimuhoo ʻalal khurṭoom!

    ނިކަން ހުރެ ތިމަންރަސްކަލާނގެ އޭނާގެމޫނުމަތީގައި ނުވަތަ ނޭފަތްމަތީގައި ޢަލާމާތެއް ލައްވާ ހުށީމެވެ.

  49. 68:17

    إِنَّا بَلَوْنَـٰهُمْ كَمَا بَلَوْنَآ أَصْحَـٰبَ ٱلْجَنَّةِ إِذْ أَقْسَمُوا۟ لَيَصْرِمُنَّهَا مُصْبِحِينَ

    ʹInnaa balawnaahum kamaa balawnaaa ʹAṣḥaabal Jannah, ʹiẓ ʹaq̣samoo layaṣrimunnahaa muṣbiḥeen,

    ހަމަކަށަވަރުން ބަގީޗާގެ އެކުވެރިންނަށް ބަލާޖައްސަވައި إمْتِحَانُ ކުރެއްވިފަދައިން އެމީހުންނަށްވެސް - އެބަހީ މައްކާގެ އަހުލުވެރިންނަށްވެސް- ބަލާޖައްސަވައި إمْتِحَانُ ކުރައްވާހުށީމެވެ. އެއީ އެބަގީޗާގެ އެކުވެރިން ފަތިސްފަތިހާގޮސް އެތާގެ މޭވަތައް ކަނޑާނެކަމުގައިބުނެ ހުވައިކުރިހިދުންނެވެ.

  50. 68:18

    وَلَا يَسْتَثْنُونَ

    Wa-laa yastas̤noon.

    އެމީން އެހެންބުނިއިރު އެމީހުން الله އިރާދަކުރެއްވިއްޔަކާއެކޭ - މިހެން ނުބުނެ އިސްތިސްނާއެއްނުކުރެއެވެ.

  51. 68:19

    فَطَافَ عَلَيْهَا طَآئِفٌ مِّن رَّبِّكَ وَهُمْ نَآئِمُونَ

    Faṭaafa ʻalayhaa ṭaaaʹifum mir Rabbika wa-hum naaaʹimoon.

    ދެންފަހެ އެމީހުން އެގޮތުގެ މައްޗަށް އެއްބަސްވެ ނިދާފައިތިއްބާ އެބަގީޗާއަށް الله ބަލާއެއް ފޮނުއްވައިފިއެވެ.

  52. 68:20

    فَأَصْبَحَتْ كَٱلصَّرِيمِ

    Faʹaṣbaḥat kaṣṣareem.

    ދެންފަހެ ކަޅު އަދިރި ރެއެއްފަދައިން ނުވަތަ ގޮވާންކަޑައިނިމި ހިކިގެން ގޮސްފައިވާ ދަޑެއްފަދައިން އެބަގީޗާ ވެއްޖެއެވެ.

  53. 68:21

    فَتَنَادَوْا۟ مُصْبِحِينَ

    Fatanaadaw muṣbiḥeen,

    ދެން އެމީހުން ފަތިހާ ތެދުވެ ކުރިންރާވައިފާވާގޮތަށް އެއްބަޔަކު އަނެއްބަޔަކަށްގޮވަފިއެވެ.

  54. 68:22

    أَنِ ٱغْدُوا۟ عَلَىٰ حَرْثِكُمْ إِن كُنتُمْ صَـٰرِمِينَ

    ʹAnig̣ doo ʻalaa ḥars̤ikum ʹiñ kuñtum ṣaarimeen.

    އަދި އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ކަލޭމެން ދަނޑުކަޑައި މޭވާކަޑަން ގަސްދު ކުރަންޏާ އަވަސްއަވަހަށް ދަނޑަށްހިނގާށެވެ.

  55. 68:23

    فَٱنطَلَقُوا۟ وَهُمْ يَتَخَـٰفَتُونَ

    Fañṭalaq̣oo wa-hum yatakhaafatoon―

    ދެން އެމީހުން ދަނޑަށް ދަމުން އެކަކު އަނެކަކަށް ސިއްރުން ބުންޏެވެ.

  56. 68:24

    أَن لَّا يَدْخُلَنَّهَا ٱلْيَوْمَ عَلَيْكُم مِّسْكِينٌ

    ʹAl laa yadkhulannahal yawma ʻalaykum miskeen.

    މިއަދު އެއްވެސް މިސްކީނަކު ކަލޭމެންގެ ދަނޑަށް ވަނަދީގެން ނުވާނެއެވެ.

  57. 68:25

    وَغَدَوْا۟ عَلَىٰ حَرْدٍ قَـٰدِرِينَ

    Wa-g̣adaw ʻalaa ḥardiñ q̣aadireen.

    ދެންއެމީހުން އެގަސްދު ކުރިގޮތަށް ފިސާރި ކެރިގެންތިބެގެން ގަދަފަދަކަމާއި އެކު ދަނޑަށް ހިގައްޖެއެވެ.

  58. 68:26

    فَلَمَّا رَأَوْهَا قَالُوٓا۟ إِنَّا لَضَآلُّونَ

    Falammaa raʹawhaa q̣aalooo ʹinnaa laḍaaalloon:

    ދެންފަހެ އެމީހުން ގޮސް ބަގީޗާ ދުއްހިނދުން އެތަން އޮތް ވީރާނާ ގޮތް ފެނިފައި އެމީހުންބުނީ އަހުރެމެން މިތިބީ މަގުއޮޅިފައެވެ. މިއީ އެހެންތަނެކެވެ.

  59. 68:27

    بَلْ نَحْنُ مَحْرُومُونَ

    Bal naḥnu maḥroomoon!

    އެހެންނަމަވެސް ރަނގަޅަށް حَقِيْقَة ސާފުވިހިނދުން އެމީހުންބުނީ ނޫނެކެވެ. އަހުރެމެން މިތިބީ ބަގީޗާއިން مَحْرُوْم ވެފައެވެ. (އެތާނގެ ހެޔޮކަން އަހުރެމެންނަށް ގެއްލުނީއެވެ. އަހުރެމެންނަށް ކުށް ކުރެވުނީއެވެ.)

  60. 68:28

    قَالَ أَوْسَطُهُمْ أَلَمْ أَقُل لَّكُمْ لَوْلَا تُسَبِّحُونَ

    Q̣aala ʹawsaṭuhum ʹalam ʹaq̣ul lakum law-laa tusabbiḥoon?

    އެމީހުންގެ ތެރޭގައި ހުރި އެންމެ عَدْلُ ވެރި ހެޔޮލަފާމީހާ ބުންޏެވެ. ކަލޭމެން الله އަށް تَسْبِيْح ނުކީ ކިއްވެގެން ހެއްޔެވެ؟ ނުވަތަ الله އިރާދަކުރެއްވިއްޔާއޭ ނުބުނީ ކީއްވެގެންހެއްޔެވެ؟ (ނުވަތަ الله އިރާދަކުރެއްވިއްޔާއޭ ބުނިނަމައެވެ.) މިހެންއަހުރެން ކަލޭމެންކައިރީ ނުބުނަން ހެއްޔެވެ؟ އެބަހީ ބުނީމެވެ.

  61. 68:29

    قَالُوا۟ سُبْحَـٰنَ رَبِّنَآ إِنَّا كُنَّا ظَـٰلِمِينَ

    Q̣aaloo Subḥaana Rabbinaaa ʹinnaa kunnaa z̤̣aalimeen!

    އެމީހުން ދެނެނެވިއެވެ. އަޅަމެން ހައްދަވާ ބޮޑުކުރައްވާ ކަލާނގެ ހުސްطَاهِرُ ވަންތައެވެ. (سُبْحَانَ الله އެވެ.) = ހަމަކަށަވަރުން އަނިޔާވެރިން ކަމުގައި އަހުރެމެން ވެއްޖައީމެވެ.

  62. 68:30

    فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَلَـٰوَمُونَ

    Faʹaq̣bala baʻḍuhum ʻalaa baʻḍiñy yatalaawamoon.

    ދެންފަހެ އޭގެ އެއްބަޔަކު އަނެއްބަޔަކާއި އެމީހުން އެމީހުންނަށް މަލާމާތް ކުރާޙާލު ކުރިމަތިލައިފިއެވެ.

  63. 68:31

    قَالُوا۟ يَـٰوَيْلَنَآ إِنَّا كُنَّا طَـٰغِينَ

    Q̣aaloo yaa-waylanaaa ʹinnaa kunnaa ṭaag̣een!

    އެމީހުން ބުންޏެވެ. އަހުރެމެންނަށްވާ ހަލާކެއްގެ ބޮޑުކަމާއެ! ހަމަކަށަވަރުން އަހުރެމެންމިވީ ނުކިޔަމަންތެރިން ކަމުގައެވެ.

  64. 68:32

    عَسَىٰ رَبُّنَآ أَن يُبْدِلَنَا خَيْرًا مِّنْهَآ إِنَّآ إِلَىٰ رَبِّنَا رَٰغِبُونَ

    ʻAsaa Rabbunaaa ʹañy yubdilanaa khayram minhaaa ʹinnaaa ʹilaa Rabbinaa raag̣iboon!

    (އަދިއެމީހުން ބުންޏެވެ.) އަޅަމެންގެ رَبُّ އަޅަމެންނަށް އެއަށްވުރެންމާ ހެޔޮތަނެއް އޭގެބަދަލުގައި ދެއްވުން އުއްމީދު ކުރެވެއެވެ. (އެކަލާނގެ އަޅަމެނަށް ދެއްވާ ދަރުމަކުރައްވާށިއެވެ.) ހަމަކަށަވަރުން އަޅަމެންނީ އަޅަމެންގެ رَبُّ ގެحَضْرَةُ ގައި އެދިދަންނަވާ ބަޔަކީމެވެ.

  65. 68:33

    كَذَٰلِكَ ٱلْعَذَابُ ۖ وَلَعَذَابُ ٱلْـَٔاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ

    Kaẓaalikal ʻAẓaab; wa-laʻAẓaabul ʹAakhirati ʹakbar. Law kaanoo yaʻlamoon!

    (ދުނިޔޭގައިވެސް ތިމަން ރަސްކަލާނގެ) ޢަޒާބު އެފަދައެވެ. އަދި آخِرَةُ ގެ ޢަޒާބު މާބޮޑުވެގެންވެއެވެ. އެމީހުންނަށް އެގޮތް އެނގޭނޭ ނަމައެވެ.

  66. 68:34

    إِنَّ لِلْمُتَّقِينَ عِندَ رَبِّهِمْ جَنَّـٰتِ ٱلنَّعِيمِ

    ʹInna lil-Muttaq̣eena ʻiñda Rabbihim Jannatin Naʻeem.

    ހަމަކަށަވަރުން تَقْوَى ވެރިންނަށް އެމީހުންގެ رَبُّ ގެحَضْرَةُ ގައި نِعْمَة ތަކުގެވެރި ސުވަރުގެ ވެއެވެ.

  67. 68:35

    أَفَنَجْعَلُ ٱلْمُسْلِمِينَ كَٱلْمُجْرِمِينَ

    ʹAfanajʻalul Muslimeena kalmujrimeen?

    އަޅެފަހެ ނުބަ ނުލަފާމީހުން ފަދައިން ރަނގަޅު މުސްލިމުން ތިމަންރަސްކަލާނގެ ލައްވާނޭހެއްޔެވެ؟ (އެބަހީ އެފަދައިން ތިމަންރަސްކަލާނގެ ނުލައްވާނަމެވެ.)

  68. 68:36

    مَا لَكُمْ كَيْفَ تَحْكُمُونَ

    Maa- lakum? kayfa taḥkumoon?

    ކަލޭމެނަށް ތިޔަތިބީ ކީއްވެފައިހެއްޔެވެ؟ ކަލޭމެން ތިޔަ حُكُم ކުރަނީކޮންފަދައަކުން ހެއްޔެވެ؟ (ނުލަފާމީހުންނާއި تَقْوَى ވެރިމާތް މީހުންނާއި ތިމަންރަސްކަލާނގެ ހަމަހަމަ ނުކުރައްވާހުށީމެވެ.)\nދަންނައެވެ. މިތާގެ މިފަހުގެ ދެއާޔަތާއި ދެން އަންނަންއޮތް ދެތިން އާޔަތުގައި އެވަނީ މައްކާގެ ކާފަރުންނަށް އެމީހުންބުނި ބުނުމަކަށް ކުރައްވާފައިވާ ރައްދެކެވެ. އެމީހުން ބުނަނީ مُحَمَّد ގެފާނު އެހީފުޅުކުރައްވާގޮތް އެއީ ރަނގަޅު ގޮތެއްކަމުގައިވާނަމަވެސް، އެމުސްލިމުންގެ ޙާލާއި އަހުރެމެންގެ ޙާލު قِيَامَة ދުވަހުންވެސްވާނީ ހަމަދުނިޔޭގައިވެސް މިވާގޮތަށެވެ. އެއީ މުސްލިމުން ފަޤީރު ދެރަބަޔަކު ކަމުގައިވެފައި އަހުރެމެން މުއްސަދި އަދި މަތީ ބަޔަކު ކަމުގައިވާނެއެވެ. މިއެވެ. މިއީ މައްކާގެ ބޮޑެތި މުޝްރިކުން ލަފާކުރާގޮތެވެ. ފަހެ މިއާޔަތްތަކުގައި الله އެމީހުންނަށް ރައްދުކުރައްވައި އެމީހުން އެހީކުރާގޮތަށް ނުވާނެކަން އަންގަވަނީއެވެ. والله أعلم.

  69. 68:37

    أَمْ لَكُمْ كِتَـٰبٌ فِيهِ تَدْرُسُونَ

    ʹAm lakum Kitaabuñ feehi tadrusoon―

    ނުވަތަ (މުސްލިމުންނާއި މުޖުރިމުން ހަމަހަމަވެ އެއްވަރުވާނެ ކަމުގައި ބަޔާންވެގެންވާ) ފޮތެއް ފަހެ ކަލޭމެންނަށްވަނީ ހެއްޔެވެ؟

  70. 68:38

    إِنَّ لَكُمْ فِيهِ لَمَا تَخَيَّرُونَ

    ʹInna lakum feehi lamaa takhayyaroon?

    އެފޮތުން (އެފަދަބަޔާނެއް) ކަލޭމެނަށް ފެނުނިހެއްޔެވެ؟ ކަލޭމެން ތިޔަ إخْتِيَار ކުރާން ގަސްދުކުރާގޮތަށް ފޮޅުވަތް އެޅިގެންވަނީހެއްޔެ؟

  71. 68:39

    أَمْ لَكُمْ أَيْمَـٰنٌ عَلَيْنَا بَـٰلِغَةٌ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۙ إِنَّ لَكُمْ لَمَا تَحْكُمُونَ

    ʹAm lakum ʹAymaanun ʻalaynaa baalig̣atun ʹilaa Yawmil Q̣iyaamati ʹinna lakum lamaa taḥkumoon?

    ނުވަތަ ކަލޭމެން ތިޔަ حُكُم ކުރާގޮތަށް ކަންތައްތައްވާނެ ކަމުގައި ތިމަންރަސްކަލާނގެحَضْرَةُ ގައި قِيَامَة ދުވަހާއި ހަމައަށްދާންދެން ގަދަ عَهْدُ ކަށަވަރެއް ކަލޭމެން ހިފައިފާވަނީ ހެއްޔެވެ؟

  72. 68:40

    سَلْهُمْ أَيُّهُم بِذَٰلِكَ زَعِيمٌ

    Salhum ʹayyuhum̃ biẓaalika zaʻeem!

    (އޭ رَسول الله އެވެ!) އެފަދަކަންތައްތަކާއި ކަލޭމެންގެ ތެރެއިން ޙަވާލުވެ ޖާމިނުވަނީ ކާކުތޯ އެމީހުން ކުރެން ކަލޭގެފާނު އައްސަވައި ބައްލަވާށެވެ!

  73. 68:41

    أَمْ لَهُمْ شُرَكَآءُ فَلْيَأْتُوا۟ بِشُرَكَآئِهِمْ إِن كَانُوا۟ صَـٰدِقِينَ

    ʹAm lahum shurakaaaʹu fal-yaʹtoo bishurakaaaʹihim ʹiñ kaanoo ṣaadiq̣een!

    ނުވަތަ އެބައިމީހުންނަށް އެކަމުގައި އެހީވާނޭ ބައިވެރިންތަކެއް ވަނީހެއްޔެވެ؟ އަދިއެމީހުން އެބުނަނީ ތެދެއްކަމުގައި ވަންޏާ އެމީހުންގެ އެ އެހީތެރިންތަކަށް ގޮވާގެނަ ސްބަލާށެވެ. އެބަހީ މުސްލިމުންނާއި މުޖްރިމުނުބައިމީހުން آخِرَة ދުވަހުން އެއްހަމައެއްގައި ބެއިތިއްބުމަށް ކުޅަދާނަވެގެންވާވަރުގެ އެހީތެރިންތަކެއް އެކާފަރުންނަށް ވާނަމަ އެބަޔަކު ނިކަން ގެނެސްބަލާށެވެ. ނުގެނެވޭނެއެވެ.

  74. 68:42

    يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى ٱلسُّجُودِ فَلَا يَسْتَطِيعُونَ

    Yawma yukshafu ʻañ saaq̣iñw wayudʻawna ʹilas sujoodi falaa yastaṭeeʻoon,―

    އަދި ކަށިމަތި ކަޝްފުވާދުވަހުން (ކަންތައް ބޮޑުވާދުވަހުން) ސަޖިދަކުރުމަށް އެމީހުންނަށް ގޮވޭނެއެވެ. ދެން އެބައި މީހުންނަށް އެކަމަށް ކުޅަދާނަ ނުވާނެއެވެ.

  75. 68:43

    خَـٰشِعَةً أَبْصَـٰرُهُمْ تَرْهَقُهُمْ ذِلَّةٌ ۖ وَقَدْ كَانُوا۟ يُدْعَوْنَ إِلَى ٱلسُّجُودِ وَهُمْ سَـٰلِمُونَ

    Khaashiʻatan ʹabṣaaruhum tarhaq̣uhum ẓillah: wa-q̣ad kaanoo yudʻawna ʹilas sujoodi wa-hum saalimoon.

    އެމީހުންގެ ލޯތައް ބިރުން ފެންކަޅިވެގެންވާ ޙާލު އެމީހުންގެ މައްޗަށް ވެރިވެގެންވާނީ ހިތާމަޔާއި ނުހަނު ނިކަމެތި ދެރަކަމެވެ. އަދި ހަމަކަށަވަރުން އެމީހުން (ދުނިޔޭގައި) ސަލާމަތުންތިބި ޙާލު ސަޖިދަ ކުރުމަށް އެމީހުންނަށް ގޮވުނެވެ. (އެއިރު އެކަމަށް އިޖާބަނުދިނީއެވެ. ދެން މިއަދު އެމީހުންނަށް އެކަމަށް ކުޅަދާނަ ވެގެން ނުވާނެއެވެ.) * تفسير علم ވެރިންގެ ބައެއް ބޭކަލުން ވިދާޅުވެފައިވަނީ: މި އާޔަތުން އެ އިޝާރަތް ވަނީ ދުނިޔޭގައި އުޅުނުއިރު ބަންގި އަޑުއަހާފައި ނަމާދަށް ޙާޟިރު ނުވި މީހުންނާއި މެދު އޮތް ބަސްފުޅެއްކަމަށެވެ. ޤިޔާމަތް ދުވަހުން ﷲ ގެ ކަށިމަތިފުޅު ކަޝްފުކުރަށްވައި އެންމެހާމީހުންނަށް ސަޖިދަކުރަން އަންގަވާނެއެވެ. ދެން އެންމެހާ މުއުމިނުން ސަޖިދަ ކުރާނެއެވެ. އަދި ދުނިޔޭގައި އުޅުނުއިރު ސަޖިދަނުކުރާމީހުންނާއި އަދި ދެއްކުމަށާއި އިއްވުމަށް ސަޖިދަކުރި މީހުން (މުނާފިޤުން) ނަށް އެދުވަހުން ސަޖިދަނުކުރެވޭނެއެވެ. އެމީހުންގެ ބުރަކަށިތައް ހުންނާނީ އެކީ އެކައްޗަކަށް ފިލައިގަޑެއްހެން ހަރުވެ ފަންވަރުވެފައެވެ. އެމީހުންނަކަށް ސަޖިދައެއްނުކުރެވޭނެއެވެ. = زُبْدَةُ التَّفْسِيْر =

  76. 68:44

    فَذَرْنِى وَمَن يُكَذِّبُ بِهَـٰذَا ٱلْحَدِيثِ ۖ سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ

    Faẓarnee wa-mañy yukaẓẓibu bihaaẓal Ḥadees̤: sanastadrijuhum min ḥays̤u laa- yaʻlamoon.

    (އޭ ރަސޫލު ﷲ އެވެ!) ފަހެ މިވާހަކަ: އެބަހީ މި قُرآن ދޮގުކުރާ މީހާ ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ! (ތިމަންރަސްކަލާނގެ އޭނާއަށް ފުދޭނެއެވެ.) ނިކަންހުރެ ތިމަނަރަސްކަލާނގެ އެމީހުންނަށް ނުވެސް އެނގޭފަދައަކުންއެމީހުން ހިއްޕަވަމުން ހިއްޕަވާހުށީމެވެ.

  77. 68:45

    وَأُمْلِى لَهُمْ ۚ إِنَّ كَيْدِى مَتِينٌ

    Wa-ʹumlee lahum: ʹinna kaydee mateen.

    އަދި ތިމަންރަސްކަލާނގެ އެމީހުންނަށް މުއްދަތު ދެއްވާހުށީމެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ރޭވުން ގަދަފަދަވެގެންވެއެވެ.

  78. 68:46

    أَمْ تَسْـَٔلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ

    ʹAm tasʹaluhum ʹajrañ fahum mim mag̣ramim mus̤q̣aloon?

    (އޭ ރަސޫލު ﷲ އެވެ!) ނުވަތަ ކަލޭގެފާނު އެމީހުން ނަށް ބަރުވެގެން ނުދެއްކިގެން ދަރަނިވެރިވާވަރުގެ أجُور އަކަށް އެމީހުންގެ ކިބައިން އެދިވަޑައިގަންނަވަނީތޯއެވެ؟

  79. 68:47

    أَمْ عِندَهُمُ ٱلْغَيْبُ فَهُمْ يَكْتُبُونَ

    ʹAm ʻiñdahumul G̣aybu fahum yaktuboon?

    ނުވަތަ އެމީހުންގެ އަތުގައި އެމީހުން އެއިން ލިޔެނޯޓުކުރާނެ ޣައިބު ގެ مَعْلُومَاة ވަނީހެއްޔެވެ؟

  80. 68:48

    فَٱصْبِرْ لِحُكْمِ رَبِّكَ وَلَا تَكُن كَصَاحِبِ ٱلْحُوتِ إِذْ نَادَىٰ وَهُوَ مَكْظُومٌ

    Faṣbir li-Ḥukmi Rabbika wa-laa takuñ ka-Ṣaaḥibil Ḥoot. ʹIẓ naadaa wa-huwa makz̤̣oom.

    (އޭ ރަސޫލު ﷲ އެވެ!) ކަލޭގެފާނު ކަލޭގެފާނުންގެ رب ގެ ޙުކުމްފުޅަށް އަދި އެކަލާނގެ އަމުރު ފުޅަށް ކެއްތެރިވެ ވަޑައިގަންނަވާށެވެ. އަދި މަހުގެ އެކުވެރިޔާފަދައިން ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ. (މަހުގެ އެކުވެރިޔާގެ މުރާދަކީ މިތާގައި ސަލާމްލެއްވި ޔޫނުސްގެފާނެވެ.) ފަހެ އެކަލޭގެފާނު ހިތާމަފުޅާއި މޮޅިވެރިކަމުން ފުރިގެންވާ ޙާލު އެކަލޭގެފާނުންގެ رب އަށް ނިދާ ދެންނެވިހިނދު (ދުޢާ ދެންނެވިހިނދު) ހަނދުމަފުޅު ކުރަށްވާށެވެ.

  81. 68:49

    لَّوْلَآ أَن تَدَٰرَكَهُۥ نِعْمَةٌ مِّن رَّبِّهِۦ لَنُبِذَ بِٱلْعَرَآءِ وَهُوَ مَذْمُومٌ

    Law-laaa ʹañ tadaarakahoo Niʻmatum mir Rabbihee lanubiẓa bilʻaraaaʹi wa-huwa maẓmoom.

    އެކަލޭގެ ފާނުންގެ رب ގެ حضرة ން އެކަލޭގެފާނަށް ނިޢްމަތެއްލިބި ވަޑައި ނުގެންނެވި ނަމަ އެކަލޭގެފާނު އެއްވެސް ގަހެއް ނެތް ޞަޙަރާ ބިމަކަށް ނިކަމެތިކަމާއެކު މަލާމާތް ލިބިގެންވާ ޙާލު އެއްލައިލެވިއްޖައީހެވެ. * ފަހެ އެކަލޭގެފާނުންގެ رب ގެ حضرة ން އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ނިޢްމަތަކީ އެކަލޭގެފާނު ތައުބާވެ ވަޑައިގަތުމުގެ ތައުފީޤު އެކަލޭގެފާނަށް ދެއްވުމެވެ. އެއީ އަސްލު ނިޢްމަތެވެ.

  82. 68:50

    فَٱجْتَبَـٰهُ رَبُّهُۥ فَجَعَلَهُۥ مِنَ ٱلصَّـٰلِحِينَ

    Fajtabaahu Rabbuhoo fajaʻalahoo minaṣ Ṣaaliḥeen.

    ދެންފަހެ އެކަލޭގެފާނުންގެ رَبُّ އެކަލޭގެފާނު އިޚްތިޔާރު ކުރަށްވައި ޚާއްޞަ ކުރަށްވައިފިއެވެ. އަދި އެކަލޭގެފާނު ޞާލިޙް މާތްބޭކަލުންގެ ތެރެއިން ލައްވައިފިއެވެ. ރަސޫލުބޭކަލުންގެ ލިސްޓުގައި ހިމަނުއްވައިފިއެވެ. (މިވާހަކަ ބައެއްސޫރަތުގައި ތަންކޮޅެއްދިގުކޮއްވެއެވެ.)

  83. 68:51

    وَإِن يَكَادُ ٱلَّذِينَ كَفَرُوا۟ لَيُزْلِقُونَكَ بِأَبْصَـٰرِهِمْ لَمَّا سَمِعُوا۟ ٱلذِّكْرَ وَيَقُولُونَ إِنَّهُۥ لَمَجْنُونٌ

    Wa-ʹiñy yakaadul laẓeena kafaroo layuzliq̣oonaka biʹabṣaarihim lammaa samiʻuẓ Ẓikra wa-yaq̣ooloona ʹinnahoo lamajnoon!

    (އަދި އޭރަސޫލު ﷲ އެވެ!) ކަލޭގެފާނު ޤުރްއާން ވިދާޅުވާ އަޑު ކާފަރުންނަށް އިވުމުން އެމީހުންގެ ރުޅިވެރިކަމާއި ޢަދާވާތްތެރިކަމުން ކަލޭގެފާނަށް އެމީހުން އެބަލާބެލުމުން ކަލޭގެފާނު ކައްސުވައިލަން ގާތްވެގެންވެއެވެ. ކަލޭގެފާނުން ހަލާކުކޮއްލަން ގާތްވެގެން ވެއެވެ. އެބަހީއެމީހުން އެހާވެސްރުޅިއާދެއެވެ. އަދި އެމީހުން ބުނެއެވެ. އެކަލޭގެފާނަކީ ދުނިޔޭން މޮޔަވެފައިވާމީހެކެވެ. ހަމަކަށަވަރުން އެއީ މަޖުނޫންއެކެވެ.

  84. 68:52

    وَمَا هُوَ إِلَّا ذِكْرٌ لِّلْعَـٰلَمِينَ

    Wa-maa huwa ʹillaa Ẓikrul lilʻAalameen.

    އެކަމަކު އެކަލޭގެފާނު އެކިޔަވާ ވިދާޅުވާ ޤުރުއާން އެއީ ކަޑައެޅިގެން އެންމެހާ އާލަމުތަކަށްވާ ޒިކުރެއް ކަމުގައި މެނުވީ ނުވެއެވެ. މީސްތަކުންނަށް ބޭނުންވާ ހުރިހާކަމެއްގެ ބަޔާނެއް ކަމުގައި މެނުވީނުވެއެވެ. والله أعلم.

  85. Surah Al-HaqqahBegins here at 69:1

  86. 69:1

    ٱلْحَآقَّةُ

    ʹALḤAAAQ̣Q̣ATU!

    الْحَاقَّةُ މި لَفْظُ ގެމާނަ އަކީ قِيَامَة ދުވަހެވެ. قِيَامَة ދުވަހަށް ގިނަމާނަވެއެވެ. އެއީ އެދުވަހުގެ އެކިއެކި وَاقِعَة ތަކާއި ގުޅިގެން ކިއިފައިވާ މާނަތަކެކެވެ. الْحَاقَّةُ ގެ އެއްމާނައަކީ އައުން حَقُّ ވެގެންވާ قِيَامَة ދުވަހެވެ. އަނެއްމާނައަކީ ﷲ ގެ ދީނާއި އިދިކޮޅަށް بَاطِلُ އަރައިރުންތައްވާމީހުންގެ މައްޗަށް ގަދަވެގަންނަދުވަހެވެ. އަދި މިނޫން މާނަތައްވެސް عِلْمُ ވެރިން ލިއުއްވާފައި ވެއެވެ.

  87. 69:2

    مَا ٱلْحَآقَّةُ

    Mal Ḥaaaq̣q̣ah?

    الْحَاقَّةُ އެއީ ކޮންއެއްޗެއްތޯއެވެ.

  88. 69:3

    وَمَآ أَدْرَىٰكَ مَا ٱلْحَآقَّةُ

    Wa-maaa ʹadraaka mal Ḥaaaq̣q̣ah?

    އަދި الْحَاقَّةُ އެވެ. ނަންކިއުނު قِيَامَة ދުވަސް އެއީ ކޮން އެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

  89. 69:4

    كَذَّبَتْ ثَمُودُ وَعَادٌۢ بِٱلْقَارِعَةِ

    Kaẓẓabat S̤amoodu wa-ʻAadum bil-Q̣aariʻah!

    ثَمُوْدُ ބާގައިގެމީހުންނާއި عَادُ ބާގައިގެމީހުން قَارِعَة އެވެ ކިއުނު قِيَامَة ދުވަސް ދޮގުކޮށްފިއެވެ. (قَارِعَة އަކީ ބިރުން ތުރުތުރު އަޅުވައިލާއެއްޗެވެ.) ثَمُوْدُ ބާގައިގެމީހުންނަކީ އެބައެއްގެ ގާތައް މާތް الله ސަލާމު ލެއްވި صَالِحُ ގެފާނު ރަސޫލުކަމާއިގެންފޮނުއްވުނުމިހުންނެވެ. އަދި عَادُ ބާގައިގެމީހުންނަކީ އެބައެއްގެ ގާތައް މާތް الله ސަލާމު ލެއްވި هُوْد ގެފާނު ރަސޫގުކަމާއިގެން ފޮނުއްވުނުމީހުންނެވެ. قَارِعَة އަކީ ފިއްކަޑައިގެންދާފަދަ ބިރުވެރި قِيَامَة ދުވަހެވެ. ކުރީ އެބުނެވުނު ދެޤައުމުގެ މީހުންވެސް އެދުވަސް ދޮގުކުރީއެވެ.

  90. 69:5

    فَأَمَّا ثَمُودُ فَأُهْلِكُوا۟ بِٱلطَّاغِيَةِ

    Faʹammaa S̤amoodu faʹuhlikoo biṭ-Ṭaag̣iyah!

    ފަހެ ثَمُوْدُ ބާގައިގެމީހުން އަޑުގަދަކަމުން ހައްދު ފަހަނަޅައިގެންދާ ގަދަ އަޑުފަށްގަޑަކުން ހަލާކުވެގެން ދިޔައީއެވެ.

  91. 69:6

    وَأَمَّا عَادٌ فَأُهْلِكُوا۟ بِرِيحٍ صَرْصَرٍ عَاتِيَةٍ

    Wa-ʹammaa ʻAaduñ faʹuhlikoo bi-Reeḥiñ ṣarṣarin ʻaatiyah;

    އަދި عَادُ ބާގައިގެމީހުން ދަންނައެވެ. ފިނިކަންގަދަވަޔަކުން ނުވަތަ އަޑުކިޔާ ފައި އައި ވަޔަކުން އެމީހުން ހަލާކުވެވުނެވެ.

  92. 69:7

    سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَـٰنِيَةَ أَيَّامٍ حُسُومًا فَتَرَى ٱلْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ

    Sakhkharahaa ʻalayhim sabʻa layaaliñw was̤amaaniyata ʹayyaamin ḥusoomañ fataral q̣awma feehaa ṣarʻaa kaʹannahum ʹaʻjaazu nakhlin khaawiyah!

    މެދުނުކެޑި ވިދިވިދިގެން ހަތްރެޔާ އަށްދުވަސްވާދެން އެމީހުންގެމައްޗަށް އެވައިދެމިހުއްޓެވެ. ކަލޭގެފާނު އެމީހުން ދެކެވަޑައި ގަންނަވާނީ މަރުވެ ތަންޑާވެގެންވަނިކޮށެވެ. އެމީހުން ކޮންފަދަހެއްޔެވެ؟ އެމީހުން ކަދުރު ރުކުގެ ފީވެފައިވާ ބުޑުތަކެއްފަދައެވެ.

  93. 69:8

    فَهَلْ تَرَىٰ لَهُم مِّنۢ بَاقِيَةٍ

    Fahal taraa lahum mim baaq̣iyah?

    ފަހެ (މަރުނުވެ) ބާކީހުރި އެކަކުވެސް އެމީހުންގެތެރެއިން ކަލޭގެފާނަށް ފެނިވަޑައިގަންނަވައިތޯއެވެ؟ އެބަހީ ފެނިވަޑައި ނުގަންނަވާނެއެވެ. އެންމެން މަރުވެތަންޑާވީއެވެ.

  94. 69:9

    وَجَآءَ فِرْعَوْنُ وَمَن قَبْلَهُۥ وَٱلْمُؤْتَفِكَـٰتُ بِٱلْخَاطِئَةِ

    Wa-jaaaʹa Firʻawnu wa-mañ q̣ablahoo wal-muʹtafikaatu bil-khaaṭiʹah,

    އަދި فِرْعَوْنُ އާއި އަދި އޭގެ ކުރީގެމީހުންނާއި އަދި لُوْطُ قَوْمُ ގެމީހުންނާއި މިމީސްމީހުން އުރެދުންތަކާއިގެންއައެވެ. އެބަހީ އެމީހުންވެސް الله އަށް އުރެދިގަތީއެވެ.

  95. 69:10

    فَعَصَوْا۟ رَسُولَ رَبِّهِمْ فَأَخَذَهُمْ أَخْذَةً رَّابِيَةً

    Faʻaṣaw rasoola Rabbihim faʹakhaẓahum ʹakhẓatar raabiyah.

    ފަހެ އެ އެންމެންވެސް އެމީހުންގެ رَبُّ ގެ ރަސޫލާއަށް އުރެދުނީއެވެ. ނުކިޔަމަންތެރިވެ ހަރުކަށިވީއެވެ. ދެންފަހެ ގަދަފަދަވެގެންވާ އިތުރު ހިތްޕެވުމަކުން އެކަލާނގެ އެމީހުން ހިތްޕަވައިފިއެވެ. ހަލާކު ކުރައްވައިފިއެވެ.

  96. 69:11

    إِنَّا لَمَّا طَغَا ٱلْمَآءُ حَمَلْنَـٰكُمْ فِى ٱلْجَارِيَةِ

    ʹInnaa lammaa ṭag̣al maaaʹu ḥamalnaakum fil jaariyah.

    އަދި ފެންގަޑު ބޮޑުވެ އުފުލިގަތްހިދުން ފެންމަތީ ދުވާއެތީގައި (ނައުކޮޅުގައި) ހަމަކަށަވަރުންތިމަންރަސްކަލާނގެ ކަލޭމެން އުފުއްލެވީމެވެ. އެބަހީ ކަލޭމެންގެ ކާބަފައިން ކަމުގައިވި އެންމެން ތިމަންރަސްކަލާނގެ އެނައުކޮޅަށް ލައްވައި ސަލާމަތްކުރެއްވީމެވެ. އަދި ދެންތިބިކާފަރުން غَرَقُ ކުރައްވައި ހަލާކު ކުރެއްވީމެވެ.

  97. 69:12

    لِنَجْعَلَهَا لَكُمْ تَذْكِرَةً وَتَعِيَهَآ أُذُنٌ وَٰعِيَةٌ

    Linajʻalahaa lakum Taẓkiratañwwa taʻiyahaaa ʹuẓunuñw waaʻiyah.

    އެކަންތައްތައް ތިމަންރަސްކަލާނގެ ލެއްވީ ކަލޭމެންނަށްވާ وَعْظُ نَصِيْحِة އަކަށާއި ހަދާންކޮށްދިނުމަކަށެވެ. އަދި ދަސްކޮށް ރައްކާތެރިކުރާ ކަންފަތްތަކަކުން އަހައި ދަސްކޮށް ރައްކާތެރި ކުރުމަށްޓަކައެވެ.

  98. 69:13

    فَإِذَا نُفِخَ فِى ٱلصُّورِ نَفْخَةٌ وَٰحِدَةٌ

    Faʹiẓaa nufikha fiṣ Ṣoori nafkhatuñw waaḥidah,

    އަދި ތާޅަފިލި އެއްފަހަރު ފުމެލެވިއްޖެއްޔާ

  99. 69:14

    وَحُمِلَتِ ٱلْأَرْضُ وَٱلْجِبَالُ فَدُكَّتَا دَكَّةً وَٰحِدَةً

    Wa-ḥumilatil ʹarḍu wal-jibaalu fadukkataa dakkatañw waaḥidah,―

    އަދި ބިންގަނޑާއި ފަރުބަދަތަށް އޭގެ ޖާގަ ތަކުން ލުހެވި އުފުލި އެދޭތި އެކަތި އަނެކެއްޗަށް ޖެހި ކުދިކުދިވެ ހަލާކުވެ ބުރަބުރައިގެން ދާދުވަހުން (ދަންނައެވެ.)

  100. 69:15

    فَيَوْمَئِذٍ وَقَعَتِ ٱلْوَاقِعَةُ

    Fayawmaʹiẓiñw Waq̣aʻatil Waaq̣iʻah,

    އެދުވަހުން ދެން قِيَامَة ޤާއިމުވީއެވެ.

  101. 69:16

    وَٱنشَقَّتِ ٱلسَّمَآءُ فَهِىَ يَوْمَئِذٍ وَاهِيَةٌ

    Wañshaq̣q̣atis samaaaʹu fahiya Yawmaʹiẓiñw waahiyah,

    އަދި އުޑު ފަޅަފަޅައިގެންގޮސް (މަލާއިކަތް ބޭކަލުން ފައިބާވަޑައިގަތުމައްޓަކައި) އުޑުގެ އެތަންމިތަން ހުޅުވިދާނެއެވެ. އަދި އެދުވަހުން އެއުޑުވާނީ ބަލިކަށި ދެރަ ضَعِيف އެއްޗަކަށެވެ.

  102. 69:17

    وَٱلْمَلَكُ عَلَىٰٓ أَرْجَآئِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَـٰنِيَةٌ

    Wal-malaku ʻalaaa ʹarjaaaʹihaa, wa-yaḥmilu ʻArsha Rabbika fawq̣ahum Yawmaʹiẓiñ s̤amaaniyah.

    އަދި މަލާއިކަތް ބޭކަލުން އުޑުގެ އެކިއެކިފަރާތްފަރާތުގައި ތަންތަންކޮޅުގައި (ﷲ ގެ އަމުރު ފުޅުގެ އިންތިޒާރުގައި) ތިއްބަވާނެއެވެ. އަދި އެދުވަހުން ކަލޭގެފާނުންގެ رَبُّ ގެ عَرْشِ ފުޅު އުފުއްލަވާނީ މަލާއިކަތް ބޭކަލުން ކުރެ އަށް ބޭކަލެކެވެ. ނުވަތަ މަލާއިކަތްބޭކަލުންގެ އަށް ސަފެވެ.

  103. 69:18

    يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌ

    Yawmaʹiẓiñ tuʻraḍoona laa- takhfaa miñ-kum khaafiyah.

    އަދި އެދުވަހުން ތިޔަބައިމީހުންގެ ހިސާބުބެއްލެވުމައްޓަކައި ﷲ ގެ ޙަޟްރަތަށް ތިޔަބައިމީހުން ހުށަހެޅޭނެއެވެ. ތިޔަބައިމީހުންގެ އެއްވެސް ނަފްސެއް އެނަފްސެއްއެކުރި ޢަމަލެއްގެ އެއްވެސް މިންވަރެއް އެކަލާނގެއަށް ވަންހަނާވެގެންނުވެއެވެ.

  104. 69:19

    فَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ بِيَمِينِهِۦ فَيَقُولُ هَآؤُمُ ٱقْرَءُوا۟ كِتَـٰبِيَهْ

    Faʹammaa man ʹootiya Kitaabahoo biyameenihee fayaq̣oolu haaaʹumuq̣ raʹoo Kitaabiyah!

    ފަހެ އެމީހެއްގެ ޢަމަލުގެފަތް އެމީހެއްގެ ކަނާތްފަރާތަށް ދެވިއްޖެމީހާ ދަންނައެވެ. އޭނާ އެނާ ދަންނަހާ ބަޔަކަށް ގޮވާހަދާނެއެވެ. އޭނާ ބުނާނެއެވެ. ކަލޭމެން މިފަތް ހިފައި ކިޔައިލަބަލާށެވެ. (އަދި އެނާ ބުނާނެއެވެ.)

  105. 69:20

    إِنِّى ظَنَنتُ أَنِّى مُلَـٰقٍ حِسَابِيَهْ

    ʹInnee z̤̣anañtu ʹannee mulaaq̣in Ḥisaabiyah!

    (ދުނިޔޭގައި އަހުރެން އުޅުނުއިރު) އަހުރެންގެ ޢަމަލުތަކުގެ ހިސާބާއި قِيَامَة ދުވަހުން އަހުރެންނާ ބައްދަލުވާނެކަމުގައި އަހުރެން ޔަޤީން ކުރީމެވެ.

  106. 69:21

    فَهُوَ فِى عِيشَةٍ رَّاضِيَةٍ

    Fahuwa fee ʻeeshatir raaḍiyah,

    ފަހެ އެދުވަހުން އޭނާވާނި އުފާވެ އަދި ރުހެވިގެންވާ ދިރިއުޅުމެއްގައެވެ. މަޖަލުގައެވެ.

  107. 69:22

    فِى جَنَّةٍ عَالِيَةٍ

    Fee Jannatin ʻaaliyah,

    އޭނާވާނީ މަތިވެރިވެގެންވާ ސުވަރުގޭގައެވެ.

  108. 69:23

    قُطُوفُهَا دَانِيَةٌ

    Q̣utoofuhaa daaniyah.

    އެތާގެ މޭވަތައް ލިބިގަންނަން ފަސޭހަވަނޭގޮތުން ގާތްވެގެންވެއެވެ.

  109. 69:24

    كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَآ أَسْلَفْتُمْ فِى ٱلْأَيَّامِ ٱلْخَالِيَةِ

    Kuloo washraboo haneeeʹam bimaaa ʹaslaftum fil ʹayyaamil khaaliyah!

    (އަދި އެމީހުންނަށް ނިދާއިއްވެވޭނެއެވެ.) ކަލޭމެން ދުނިޔޭގައި ކުރިހެޔޮ عَمَلُ ތަކުގެބަދަލުގައި ގިނަގިނައިން ކައިބޮއި ހަދާށެވެ.

  110. 69:25

    وَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ بِشِمَالِهِۦ فَيَقُولُ يَـٰلَيْتَنِى لَمْ أُوتَ كِتَـٰبِيَهْ

    Wa-ʹammaa man ʹootiya Kitaabahoo bishimaalihee fayaq̣oolu yaalaytanee lam ʹoota Kitaabiyah!

    އަދިއެމީހެއްގެ عَمَلُ ގެފަތް އެމީހެއްގެ ވައަތްފަރާތުން ލިބިއްޖެމީހާ ދަންނައެވެ. ފަހެ އޭނާ ހަޅޭލަވަމުން ގޮވާނެއެވެ. އަހުރެންގެފަތް އަހުރެންނަށް ނުލިބުނުނަމަ ކިހާރަނގަޅުވީސްހެއްޔެވެ.

  111. 69:26

    وَلَمْ أَدْرِ مَا حِسَابِيَهْ

    Wa-lam ʹadri maa- ḥisaabiyah!

    އަދި އަހުރެންނަށް އަހުރެންގެ ހިސާބު ނޭގުނުނަމަ ކޮންފަދަރަނގަޅުހެއްޔެވެ؟

  112. 69:27

    يَـٰلَيْتَهَا كَانَتِ ٱلْقَاضِيَةَ

    Yaa-laytahaa kaanatil q̣aaḍiyah!

    އަދި ދުނިޔޭގައި އެވީ މަރުއެއީ އަހުރެންގެ އެންމެފަހުގެ ނިމުމެއްކަމުގައި ވެގެންދިޔަނަމައެވެ. (ދެންހަމަ ހުސްނަމައެވެ.)

  113. 69:28

    مَآ أَغْنَىٰ عَنِّى مَالِيَهْ ۜ

    Maaa ʹag̣naa ʻannee maaliyah!

    އަދި އަހުރެންގެމުދާ އަހުރެންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ.

  114. 69:29

    هَلَكَ عَنِّى سُلْطَـٰنِيَهْ

    Halaka ʻannee sulṭaaniyah!

    އަހުރެންގެ ކިބައިން އެންމެހައި ދަލީލާއި حُجَّة ކެޑިގެން ހިގައްޖެއެވެ. (އަދި އެންމެހައި ގުނަވަންތަކެއްވެސް އަހުރެންނާއި އިދިކޮޅަށް ހެކިދީފިއެވެ.)

  115. 69:30

    خُذُوهُ فَغُلُّوهُ

    Khuẓoohu fag̣ullooh,

    (އަދިނަރަކައިގެ ޒަބާނިއްޔަ މަލާއިކަތްބޭކަލުންނަށް އެންގޭނެއެވެ.) ތިޔަބޭކަލުން އޭނާ ހިފައިގަންނާށެވެ. އަދި އޭނާކަސްތޮޅު އަޅާށެވެ.

  116. 69:31

    ثُمَّ ٱلْجَحِيمَ صَلُّوهُ

    S̤ummal Jaḥeema ṣallooh,

    ދެންސީދާ جَحِيْمُ (ގަދަޔަށް އަދާ އަލިފާނަށް އޭނާވައްދާށެވެ.) އޭނާވައްދައި އަންދާށެވެ.

  117. 69:32

    ثُمَّ فِى سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَٱسْلُكُوهُ

    S̤umma fee silsilatiñ ẓarʻuhaa sabʻoona ẓiraaʻañ faslukooh!

    ދެން އަދި އޭގެދިގުމިން ހަތްދިހަމުށްހުރި ހިލިހިލާގަޑެއްގައި އޭނާ ބަންނާށެވެ.

  118. 69:33

    إِنَّهُۥ كَانَ لَا يُؤْمِنُ بِٱللَّهِ ٱلْعَظِيمِ

    ʹInnahoo kaana laa- yuʹminu billaahil ʻAz̤̣eem,

    ހަމަކަށަވަރުން އޭނާވީ ހައިބަވަންތަ މަތިވެރިމާތް الله އަށް އީމާން ނުވާމީހަކު ކަމުގައެވެ.

  119. 69:34

    وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ

    Wa-laa yaḥuḍḍu ʻalaa ṭaʻaamil miskeen!

    އަދި އޭނާވީ މިސްކީނުންނަށް ކާއެތިކޮޅު ނުދޭ އަދި އެކަމަށް އެއްވެސް ހިތްވަރެއްނުދޭމީހަކު ކަމުގައެވެ.

  120. 69:35

    فَلَيْسَ لَهُ ٱلْيَوْمَ هَـٰهُنَا حَمِيمٌ

    Falaysa lahul Yawma haahunaa ḥameem,

    ފަހެ އެނާއަކަށް މިއަދު އެއްވެސް ރައްޓެހި އެހީތެރިއަކު ނުވެއެވެ.

  121. 69:36

    وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ

    Wa-laa ṭaʻaamun ʹillaa min g̣isleen,

    އަދި غِسَلِيْنُ ނޫން އެހެން އެއްވެސް ކާބޯއެއްޗެއް އޭނާއަކަށް ނުވެއެވެ. (غِسَلِيْنُ އަކީ ނަރަކަވަންތަވެރިންގެ ގައިން އޮހިގެންދާ ނުބައި ދިޔަވަރުބޮޑިއެވެ.)

  122. 69:37

    لَّا يَأْكُلُهُۥٓ إِلَّا ٱلْخَـٰطِـُٔونَ

    Laa- yaʹkuluhooo ʹillal khaaṭiʹoon.

    ސީދާ ފާފަވެރި ކުށްވެރިންމެނުވީ އެތަކެތިނުބޯނެއެވެ.

  123. 69:38

    فَلَآ أُقْسِمُ بِمَا تُبْصِرُونَ

    Falaaa ʹuq̣simu bimaa tubṣiroon

    ،(39) (ކަންތައްތައްހުރީ ކަލޭމެން ތިޔަބުނާގޮތަކަށް ނޫނެވެ.) ކަލޭމެންގެ ލޮލަށް ފެންނަތަކެއްޗާއި އަދި ކަލޭމެންގެ ލޮލަށް ނުފެންނަތަކެތި ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.

  124. 69:39

    وَمَا لَا تُبْصِرُونَ

    Wamaa laa- tubṣiroon,―

    ،(39) (ކަންތައްތައްހުރީ ކަލޭމެން ތިޔަބުނާގޮތަކަށް ނޫނެވެ.) ކަލޭމެންގެ ލޮލަށް ފެންނަތަކެއްޗާއި އަދި ކަލޭމެންގެ ލޮލަށް ނުފެންނަތަކެތި ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.

  125. 69:40

    إِنَّهُۥ لَقَوْلُ رَسُولٍ كَرِيمٍ

    ʹInnahoo laq̣awlu Rasooliñ Kareem;

    ހަމަކަށަވަރުން އެ قُرْآن އެއީ މާތްވެގެންވާ ރަސޫލެއްގެ ކިޔަވާ ވިދާޅު ވުމުގެ ބަސްފުޅެވެ. (އެއީ مُحَمَّد ﷺ ގެ ކިޔަވާ ވިދާޅުވުމެވެ. ނުވަތަ އެކަލޭގެފާނުންގެ تَبْلِيْغُ އެވެ. ނުވަތަ އެއީ جِبْرِيْل عَلَيْهِ السلام ގެ ކިޔަވާ ވިދާޅުވުމެކެވެ.

  126. 69:41

    وَمَا هُوَ بِقَوْلِ شَاعِرٍ ۚ قَلِيلًا مَّا تُؤْمِنُونَ

    Wa-maa huwa biq̣awli shaaʻir: q̣aleelam maa tuʹminoon!

    އަދި އެ قُرْآنއެއީ ޅެންވެރިއެއްގެ ބަސްކަމުގައި ނުވެއެވެ. ކަލޭމެން ތެދުކޮށް އީމާންވަނީ ދާދިމަދުންނެވެ.

  127. 69:42

    وَلَا بِقَوْلِ كَاهِنٍ ۚ قَلِيلًا مَّا تَذَكَّرُونَ

    Wa-laa biq̣awli kaahin: q̣aleelam maa taẓakkaroon.

    އަދި އެ قُرْآنއެއީ ކަހީނެއްގެ ބަސްކަމުގައިވެސް ނުވެއެވެ. ކަލޭމެން ހަދާންކޮށް ނަސޭހަތާއި وَعْظُ ލިބިގަންނަނީ ހާދަހާވެސް މަދުންނެވެ.

  128. 69:43

    تَنزِيلٌ مِّن رَّبِّ ٱلْعَـٰلَمِينَ

    Tañzeelum mir Rabbil ʻAalameen.

    އެ قُرْآنއެއީ عَالَمُ ތަކުގެވެރި رَبُّ ގެ حَضْرَةُ ންވާ ބާވާތްލެއްވުމެކެވެ. (އެހެން އެއްވެސްމީހެއްގެ ބަހެއްނޫނެވެ. ހަމައެކަނި އެކަލާނގެ ބަސްފުވެ.)

  129. 69:44

    وَلَوْ تَقَوَّلَ عَلَيْنَا بَعْضَ ٱلْأَقَاوِيلِ

    Wa-law taq̣awwala ʻalaynaa baʻḍal ʹaq̣aaweel,

    އަދިތިމަން ރަސްކަލާނގެ ރަސްކަންފުޅުގެމައްޗަށް އެކަލޭގެފާނު އަމިއްލަފުޅަށް (قُرْآن ގެތެރެއަށް ބައެއްބަސް) ބަސްފުޅެއް ގެނެސްގެންފިނަމަ

  130. 69:45

    لَأَخَذْنَا مِنْهُ بِٱلْيَمِينِ

    Laʹakhaẓnaa minhu bilyameen,

    ކަނައަތްޕުޅުން އެކެލޭގެފާނުންގެ ގައިކޮޅުގައި ހިތްޕަވާހުށީމެވެ.

  131. 69:46

    ثُمَّ لَقَطَعْنَا مِنْهُ ٱلْوَتِينَ

    S̤umma laq̣aṭaʻnaa minhul wateen:

    އަދި ބުރަކަށީންފެށިގެން ހިތާއިގުޅިފައިވާ އެންމެފަލަ ނާރު ކަޑުއްވަލައްވާ ހުށީމެވެ. އޭގެމުރާދަކީ އެކަލޭގެފާނުން ހަލާކު ކޮށްލައްވާ ހުށީމެވެ.

  132. 69:47

    فَمَا مِنكُم مِّنْ أَحَدٍ عَنْهُ حَـٰجِزِينَ

    Famaa miñkum min ʹaḥadin ʻanhu ḥaajizeen.

    އަދި ކަލޭމެންކުރެ އެކަކުވެސް އެކަންމަނާކޮށް ހިފެހެއްޓޭނެ ކަމުގައި ނުވެއެވެ.

  133. 69:48

    وَإِنَّهُۥ لَتَذْكِرَةٌ لِّلْمُتَّقِينَ

    Wa-ʹinnahoo la-Taẓkiratul lil-Muttaq̣een.

    އަދި އެ قُرْآن އެއީ تَقْوَى ވެރިނނަށްވާ وَعْظُ نَصِيْحَة އެކެކެވެ. އަދި ހަދާންކޮށް ދިނުމެކެވެ.

  134. 69:49

    وَإِنَّا لَنَعْلَمُ أَنَّ مِنكُم مُّكَذِّبِينَ

    Wa-ʹinnaa lanaʻlamu ʹanna miñkum mukaẓẓibeen.

    އަދި ހަމަކަށަވަރުން ކަލޭމެންގެތެރޭގައި قُرْآن ދޮގުކުރާ މީހުންވާކަން ތިމަންރަސްކަލާނގެ ރަނގަޅަށް ދެނެވޮޑިގެންވަމެވެ. (އެމީހުންނަށްއެކަމުގެ ފުރިހަމަ ޖަޒާދެއްވާ ހުށީމެވެ.)

  135. 69:50

    وَإِنَّهُۥ لَحَسْرَةٌ عَلَى ٱلْكَـٰفِرِينَ

    Wa-ʹinnahoo laḥasratun ʻalal kaafireen.

    އަދި އެ قُرْآن އެއީ ކަނޑައެޅިގެން ކާފަރުންގެމައްޗަށްވާ ބޮޑު ހިތާމައެކެވެ.

  136. 69:51

    وَإِنَّهُۥ لَحَقُّ ٱلْيَقِينِ

    Wa-ʹinnahoo la-Ḥaq̣q̣ul yaq̣een.

    އަދި ހަމަކަ ށަވަރުން އެ قُرْآن އެއީ ކަޑައެޅިގެން ޔަޤީނުންވެސް ޙައްޤު ތެދުފޮތެވެ.

  137. 69:52

    فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ

    Fasabbiḥ bismi Rabbikal ʻAz̤̣eem.

    ފަހެ ކަލޭގެފާނުންގެ ހައިބަވަންތަ رَبُّ އަށް اللهއަށް تَسْبِيْح ވިދާޅުވާށެވެ. އެކަލާނގެ ހުސް طَاهِرُ ވަންތަ ކުރައްވާށެވެ.

  138. Surah Al-Ma'arijBegins here at 70:1

  139. 70:1

    سَأَلَ سَآئِلٌۢ بِعَذَابٍ وَاقِعٍ

    Saʹala saaʹilum biʻAẓaabiñw waaq̣iʻ―

    ހަމަކޮންމެހެން ނައިސްނުދާނޭ عَذَابُ އެއްގެ އައުން އެދި ސުވާލުކުރާމީހަކު ސުވާލުކޮށްފިއެވެ. ނުވަތަ އެދޭމީހަކު އެދެފިއެވެ. ދަންނައެވެ. އެމީހަކީ النَّضَرُ بْنُ الحَارِث ކަމުގައި ބުނެވުނެވެ. ނުވަތައެއީ أبُو جَهْل ކަމުގައިވެސް ބުނެވުނެވެ. އެމީހަކު އެދުނީ مُحَمَّد ﷺ އެގެންނެވި ދީނަކީ حَقُّ دِيْن އެއްކަމުގައިވާނަމަ އެމީހުންގެމައްޗަށް އުޑުން ހިލަތަކެއްފޭބުމަށެވެ. ނުވަތަ ވޭންދެނިވި عَذَابُ އެއް އައުމަށެވެ. (އެވާހަކައަށް އިޝާރާތްކުރައްވައި الأنْفَالُ ސޫރަތުގައި ބާވާތްލައްވާފައިވެއެވެ.

  140. 70:2

    لِّلْكَـٰفِرِينَ لَيْسَ لَهُۥ دَافِعٌ

    Lil-kaafireena laysa lahoo daafiʻ,―

    (އެމީހުން އެ އެދުނު عَذَابُ އެއީ) ކާފަރުންގެ މައްޗަށް ހަމަކޮންމެހެން އަންނާނެ عَذَابُ އެކެވެ. އަދި عَذَابُ دِفَاع ކުރެވޭނޭ އެކަކުވެސް ނުވެއެވެ.

  141. 70:3

    مِّنَ ٱللَّهِ ذِى ٱلْمَعَارِجِ

    Minal laahi Ẓil MAʻAARIJ.

    އެ عَذَابُ އަންނާނީ ހަރުފަތްތަކުގެވެރި ނުވަތަ ދަރަޖަތަކުގެވެރި ގެ ﷲގެ حَضْرَةُ ން ނެވެ.

  142. 70:4

    تَعْرُجُ ٱلْمَلَـٰٓئِكَةُ وَٱلرُّوحُ إِلَيْهِ فِى يَوْمٍ كَانَ مِقْدَارُهُۥ خَمْسِينَ أَلْفَ سَنَةٍ

    Taʻrujul malaaaʹikatu war-Rooḥu ʹilayhi fee Yawmiñ kaana miq̣daaruhoo khamseena ʹalfa sanah:

    މަލާއިކަތްބޭކަލުންނާއި އަދި جِبْرِيْل عَلَيْهِ السلام އެކަލާނގެ حَضْرَةُ އަށް އެދަރަޖަތަކުން ނުވަތަ އެހަރުފަތްތަކުން އަރާވަޑައިގަންނަވައެވެ. އެދުވަހަކީ އެދުވަހުގެ މިންވަރު ފަންސާސްހާސް އަހަރުގެ މުއްދަތުކަމުގައި ކަޑައެޅިގެންވާ ދުވަހެކެވެ. އެއީ ޤިޔާމަތް ދުވަހެވެ.

  143. 70:5

    فَٱصْبِرْ صَبْرًا جَمِيلًا

    Faṣbir Ṣabrañ jameelaa.

    ފަހެ (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ރިވެތިގޮތުގައި ކެތްތެރިވެވަޑައިގަންނަވާށެވެ.

  144. 70:6

    إِنَّهُمْ يَرَوْنَهُۥ بَعِيدًا

    ʹInnahum yarawnahoo baʻeedaa:

    ހަމަކަށަވަރުން އެމީހުން އެބަހީ އެކާފަރުން އެދުވަސް ނުވަތަ އެ عَذَابُ ދެކެނީ ދުރުވެގެންވާ އެއްޗެއްކަމުގައެވެ.

  145. 70:7

    وَنَرَىٰهُ قَرِيبًا

    Wa-naraahu q̣areebaa.

    ނަމަވެސް ތިމަންރަސްކަލާނގެ ދެކެވޮޑިގަންނަވަނީ އައުންދާދި ގާތްއެއްޗެއްކަމުގައެވެ.

  146. 70:8

    يَوْمَ تَكُونُ ٱلسَّمَآءُ كَٱلْمُهْلِ

    Yawma takoonus samaaaʹu kalmuhl,

    އެދުވަހަކީ ވިރިފައިވާ مَعْدَنُ ތަކެއްފަދައިން ނުވަތަ ތެލުގެ ގަރުގަޑެއްފަދައިން އުޑުވެގެންދާނޭދުވަހެވެ.

  147. 70:9

    وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ

    Wa-takoonul jibaalu kalʻihn,

    އަދި ފިނދާ ކުލަޖެއްސިފައިވާ ކެހެރިތަކެއްފަދައިން ނުވަތަ ކަފަތަކެއްފަދައިން ފަރުބަދަތައްވާނޭ ދުވަހެވެ.

  148. 70:10

    وَلَا يَسْـَٔلُ حَمِيمٌ حَمِيمًا

    Wa-laa yasʹalu ḥameemun ḥameemaa,

    އަދިއެދުވަހުން (ބިރުވެރިކަން ބޮޑުވުމުގެސަބަބުން) ކިތައްމެ ގާތްމީހަކު ގާތްމީހަކާވިޔަސް ނުވަތަ ރައްޓެއްސަކު ރައްޓެއްސަކާއިވިޔަސް ސުވާލުވެސް ނުކޮށްލާނެއެވެ. ޙާލުވެސް އަހައިލާހާކަށް ނުކެރޭނެއެވެ.

  149. 70:11

    يُبَصَّرُونَهُمْ ۚ يَوَدُّ ٱلْمُجْرِمُ لَوْ يَفْتَدِى مِنْ عَذَابِ يَوْمِئِذٍۭ بِبَنِيهِ

    Yubaṣṣaroonahum,: yawaddul mujrimu law yaftadee min ʻAẓaabi Yawmiʹiẓim bibaneeh,

    مَحْشَرُ މައިދާނުގައި ކާފަރުންގެމީހުންވެސް އަދި އެހެންމީހުންވެސް ތިމާމެންގެ ގާތްތިމާގެމީހުން ދެކޭނެއެވެ. ރައްޓެހި ރަޙުމަތްތެރިންވެސް ދެކޭނެއެވެ. ނަމަވެސް އެކަކުގެ ޙާލު އަނެކަކު އަހައިވެސްނުލާނެއެވެ! ކާފަރުންގެ މީހުންލޯބިކުރަނީ فِدْيَة އެއްދީގެންނަމަވެސް އެމީހުންނަށް ސަލާމަތްވެވޭނެނަމަ ތިމާގެ ދަރިންވެސް فِدْيَة އެއްގެގޮތުގައިދޭށެވެ.

  150. 70:12

    وَصَـٰحِبَتِهِۦ وَأَخِيهِ

    Wa-ṣaaḥibatihee wa-ʹakheeh,

    އަނބިމީހާއާއި އަދި ތިމާގެ أَخُ އާއި (މިއެންމެންދީގެންވެސް ތިމާ ނަރަކައިންސަލާމަތްވުމަށެވެ.)

  151. 70:13

    وَفَصِيلَتِهِ ٱلَّتِى تُـْٔوِيهِ

    Wa-faṣeelatihil latee tuʹweeh,

    އަދި އެމީހުންގެފަރާތުން ތިމާއަށް އެހީތެރިކަމާ ހިޔާވަހިކަން ލިބޭ ގާތްތިމާގެމީހުންނާއި

  152. 70:14

    وَمَن فِى ٱلْأَرْضِ جَمِيعًا ثُمَّ يُنجِيهِ

    Wa-mañ fil ʹarḍi jameeʻañ s̤umma yuñjeeh:

    އަދި ބިންމަތީވާހާބަޔަކު ދީގެންނަމަވެސް އެދުވަހުގެ عَذَابُ ން ސަލާމަތްވުމަށެވެ.

  153. 70:15

    كَلَّآ ۖ إِنَّهَا لَظَىٰ

    Kallaa! ʹinnahaa laz̤̣aa!

    ނަމަވެސް އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. ހަމަކަށަވަރުން އެމީހުންނަށް عَذَابُ ދެއްވުމަށް ކަޑައެޅިފައިވަނީ عَذَابُ ގަދަވެގެންވާ (ހުޅުގަޑު އަރައަރާހުންނަ) ނަރަކައިގައެވެ

  154. 70:16

    نَزَّاعَةً لِّلشَّوَىٰ

    Nazzaaʻatal lishshawaa!

    އެތަނަކީ ބޮލުގެ ހަންގަޑުބޮލުން ދަމައިގަނެވަކިކޮށްލާތަނެކެވެ. އަދި ހަމާއިމަސްކަށިން ވަކިކޮށްލާތަނެކެވެ. އަދި އަތްފައިފަދަ ގުނަވަންތައް ހަށިގަޑާއި ވަކިކޮށްލާތަނެކެވެ. (އެއީ އެތާގެހޫނުގަދަކަމާއި عَذَابُ ގަދަކަމުންނެވެ.)

  155. 70:17

    تَدْعُوا۟ مَنْ أَدْبَرَ وَتَوَلَّىٰ

    Tadʻoo man ʹadbara wa-tawallaa,

    އަދި حَقُّ އަށް ފުރަގަސްދީ حَقُّ ދީނުން މޫނުއަބުނރައިލާ މީހުންނަށް އެނަރަކަގޮވާނެއެވެ. އެމީހުން ނަރަކައަށް ޖަމާވުމަށް އޭތިގޮވާނެއެވެ.

  156. 70:18

    وَجَمَعَ فَأَوْعَىٰٓ

    Wa-jamaʻa faʹawʻaa!

    އަދި މުދާތައްޖަމާކޮށް ޚަޒާނާކޮށް އޭގެ حَقُّ އަދާނުކޮށް ހެދިއެންމެންނަށް އެސޮރުގޮވާނެއެވެ.

  157. 70:19

    ۞ إِنَّ ٱلْإِنسَـٰنَ خُلِقَ هَلُوعًا

    ʹInnal ʹiñsaana khuliq̣a halooʻaa;―

    ހަމަކަށަވަރުން އިންސާނާ ހެއްދެވިފައިވަނީ ދަހިވެތިކަންބޮޑު އަދި ކެތްތެރިކަން ކުޑަމީހަކު ކަމުގައެވެ.

  158. 70:20

    إِذَا مَسَّهُ ٱلشَّرُّ جَزُوعًا

    ʹIẓaa massahush sharru jazooʻaa;

    އަދި އޭނާއަށް ފަޤީރުކަންފަދަނުވަތަ ބަލިމަޑުކަމެއްފަދަ ދަތިކަމެއް ދިމާވެއްޖެއްޔާ ކެތްތެރިކަން ކެޑި ބޭޤަރާރުވެއެވެ.

  159. 70:21

    وَإِذَا مَسَّهُ ٱلْخَيْرُ مَنُوعًا

    Wa-ʹiẓaa massahul khayru manooʻaa;―

    އަދިއޭނާއަށް މުއްސަދިކަންފަދަ ތަނަވަސްކަމަކާއި ދިމާވެއްޖެއްޔާ އޭނާއަތުން އެއްޗެއް ބޭރުވިޔަނުދީ ހިފެހެއްޓުން ބޮޑުމީހަކު ކަމުގައި ވެދެއެވެ.

  160. 70:22

    إِلَّا ٱلْمُصَلِّينَ

    ʹIllal Muṣalleen;―

    ނަމާދުކުރާމީހުން މެނުވީއެވެ. އެބަހީ އިސްވެދިޔަފަދަ ވިޔާނުދާ ނުބައިސިފަތަކުން ސަލާމަތް ވެގެންވާނެމީހުންނަކީ ނަމާދުކުރާމީހުންނެވެ.

  161. 70:23

    ٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَآئِمُونَ

    ʹAllaẓeena hum ʻalaa Ṣalaatihim daaaʹimoon;

    އަދި އެމީހުންނަކީ އެމީހުންގެ ނަމާދުތަކުގެމަތީ ދެމިތިބޭމީހުންނެވެ. އެބަހީ ނަމާދުތައް ވަޤުތުން ވަޤުތަށް އެންގެވިގޮތަށް އަދާކުރުންމަތީ ދެމިތިބޭމީހުންނެވެ.

  162. 70:24

    وَٱلَّذِينَ فِىٓ أَمْوَٰلِهِمْ حَقٌّ مَّعْلُومٌ

    Wallaẓeena feee ʹamwaalihim ḥaq̣q̣um maʻloom

    ،(25) އަދިއެމީހުންނަކީ އެމީހުންގެމުދަލުގައި ސަލާންޖަހާމީހުންނަށާއި އަދި ލަދުވެތިކަމުން ސަލާންޖަހަން ނުކެރުމުގެ ސަބަބުން އެހީތަކުން مَحْرُوْم ވެގެންވާ މީހުނަށްވާ ޙައްޤުއެއްވާކަން ދަނެ އެކަމަށް إعْتِرَافُ ވާމީހުންނެވެ. އަދި އެފަދަމީހުންނަށް އެތިކޮޅުދޭމީހުންނެވެ.

  163. 70:25

    لِّلسَّآئِلِ وَٱلْمَحْرُومِ

    Lissaaaʹili walmaḥroom;

    ،(25) އަދިއެމީހުންނަކީ އެމީހުންގެމުދަލުގައި ސަލާންޖަހާމީހުންނަށާއި އަދި ލަދުވެތިކަމުން ސަލާންޖަހަން ނުކެރުމުގެ ސަބަބުން އެހީތަކުން مَحْرُوْم ވެގެންވާ މީހުނަށްވާ ޙައްޤުއެއްވާކަން ދަނެ އެކަމަށް إعْتِرَافُ ވާމީހުންނެވެ. އަދި އެފަދަމީހުންނަށް އެތިކޮޅުދޭމީހުންނެވެ.

  164. 70:26

    وَٱلَّذِينَ يُصَدِّقُونَ بِيَوْمِ ٱلدِّينِ

    Wallaẓeena yuṣaddiq̣oona bi-Yawmid Deen;

    އަދިއެމީހުންނަކީ قِيَامَة ދުވަސް އަންނާނެކަމާއިމެދު އެއްވެސް ޝައްކެއްނުކޮށް ތެދުކުރާމީހުންނެވެ.

  165. 70:27

    وَٱلَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ

    Wallaẓeena hum min ʻazaabi Rabbihim mushfiq̣oon,―

    އަދިއެމީހުންނަކީ އެމީހުން ހައްދަވާ ބޮޑުކުރެއްވި رَبُّ ގެ عذَابُ އަށް ބިރުން ފެންކަޅިވާމީހުންނެވެ.

  166. 70:28

    إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ

    ʹInna ʻaẓaaba Rabbihim g̣ayru maʹ-moon;―

    ހަމަކަށަވަރުން އެމީހުން ހައްދަވާބޮޑުކުރެއްވި رَبُّ ގެ عذَابُ އަކީ އަމާންވެގެން ނުވާ عذَابُ އެކެވެ. ހަމަކޮންމެމީހަކުވެސް ބިރުވެތިވުން حَقُّ عَذَابُ އެކެވެ.

  167. 70:29

    وَٱلَّذِينَ هُمْ لِفُرُوجِهِمْ حَـٰفِظُونَ

    Wallaẓeena hum lifuroojihim ḥaafiz̤̣oon,

    އަދި އެމީހުންނަކީ އެމީހުންގެ ލަދުގުނަވަންތަކަށް ރައްކާތެރިވާމީހުންނެވެ.

  168. 70:30

    إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَـٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ

    ʹIllaa ʻalaaa ʹazwaajihim ʹaw maa- malakat ʹaymaanuhum faʹinnahum g̣ayru maloomeen,

    އެމީހުންގެ އަނބީންނަށް ނުވަތަ އެމީހުންގެ އަޅުއަންހެނުންނަށް މެނުވީ ހާމަނުކުރާމީހުންނެވެ. އެފަދަމީހުންނީ މަލާމާތް ލިބޭނެމީހުންނެއް ނޫނެވެ.

  169. 70:31

    فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْعَادُونَ

    Famanib tag̣aa waraaaʹa ẓaalika faʹulaaaʹika humul ʻaadoon;―

    ފަހެ އެއަށްވުރެން އިތުރަށް އެދިގެންފިމީހުންނީ ހައްދުފަހަނަޅައިގެންފިމީހުންނެވެ. އެބަހީ ތިމާމެންގެ އަނބީންނާއި ތިމާމެންގެ އަޅުއަންހެނުންފިޔަވައި އެހެންބަޔަކަށް ތިމާމެންގެ ލަދުގުނަވަން ހާމަކޮށް އެމީހުންގެކިބައިން އަރާމެއް ހޯދައިގަންނަން އެދިގެންފިމީހުންނީ ހަމަކަށަވަރުން ހައަދުފަހަނަޅައިގެންފިބައެކެވެ. ސީދާމަގުން ނެއްޓި ގެންފިބައެކެވެ.

  170. 70:32

    وَٱلَّذِينَ هُمْ لِأَمَـٰنَـٰتِهِمْ وَعَهْدِهِمْ رَٰعُونَ

    Wallaẓeena hum liʹamaanaatihim wa-ʻahdihim raaʻoon.

    އަދިއެމީހުންނީ އެމީހުންނާއި ޙަވާލު ކުރެވިފައިވާ އަމާނާތްތަކަށާއި އެމީހުން ކޮށްފައިވާ وَعْدُ ތަކަށާއި عَهْدُ ތަކަށްވެސް ރައްކާތެރިވާމީހުންނެވެ.

  171. 70:33

    وَٱلَّذِينَ هُم بِشَهَـٰدَٰتِهِمْ قَآئِمُونَ

    Wallaẓeena hum̃ bishahaadaatihim q̣aaaʹimoon;

    އަދި އެމީހުންނަކީ އެމީހުން އަދާކުރަންޖެހިފައިވާ ހެކިބަސްތައް އަދާކުރުންމަތީ قَائِم ވެތިބޭމީހުންނެވެ.

  172. 70:34

    وَٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ

    Wallaẓeena hum ʻalaa Ṣalaatihim yuḥaafiz̤̣oon;―

    އަދިއެމީހުންނަކީ އެމީހުންގެ ނަމާދުތަކަށް ރައްކާތެރިވާމީހުންނެވެ. (އެބަހީ وُضُوء ފުރިހަމަކޮ ރުކުންތަކާއި شَرْطُ ތަކާއި ސުންނަތްތަކާއި އަދި ޒިކުރުތަކާއި އެކު ވަޤުތުން ވަޤުތަށް ނަމާދު އަދާކުރަމުން ގެންދާމީހުންނެވެ.)

  173. 70:35

    أُو۟لَـٰٓئِكَ فِى جَنَّـٰتٍ مُّكْرَمُونَ

    ʹUlaaaʹika fee Jannaatim mukramoon.

    އިސްވެދިޔަ ސިފަތަކުގެ އަހުލުވެރިންޤިޔާމަތްދުވަހުން ވާނީ މާތްވެގެންވާ ސުވަރުގެތަކުގައެވެ.

  174. 70:36

    فَمَالِ ٱلَّذِينَ كَفَرُوا۟ قِبَلَكَ مُهْطِعِينَ

    Famaa lil-laẓeena kafaroo q̣ibalaka muhṭiʻeen―

    ،(37) (އޭ ރަސޫލުއް الله އެވެ.) ކާފަރުންގެ މީހުންގަނޑު ކަލޭގެފާނާއި ދިމާލަށް ކަލޭގެފާނުންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (އެކި ދިމަދިމާއިން) ޖަމާޢަތް ޖަމާޢަތަށް ޕާޓީ ޕާޓީ އަށް އަވަސް އަވަހަށް އެދަނީ އެމީހުންގެ ކޮން މަޤްޞަދެއްގައިބާވައެވެ. ކޮންކަމަކާ ހެދި ބާވައެވެ.

  175. 70:37

    عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ عِزِينَ

    ʻAnil yameeni wa-ʻanish shimaali ʻizeen?

    ،(37) (އޭ ރަސޫލުއް الله އެވެ.) ކާފަރުންގެ މީހުންގަނޑު ކަލޭގެފާނާއި ދިމާލަށް ކަލޭގެފާނުންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (އެކި ދިމަދިމާއިން) ޖަމާޢަތް ޖަމާޢަތަށް ޕާޓީ ޕާޓީ އަށް އަވަސް އަވަހަށް އެދަނީ އެމީހުންގެ ކޮން މަޤްޞަދެއްގައިބާވައެވެ. ކޮންކަމަކާ ހެދި ބާވައެވެ.

  176. 70:38

    أَيَطْمَعُ كُلُّ ٱمْرِئٍ مِّنْهُمْ أَن يُدْخَلَ جَنَّةَ نَعِيمٍ

    ʹAyaṭmaʻu kullum riʹim minhum ʹañy yudkhala Jannata Naʻeem?

    އަޅެފަހެ އެއިން ކޮންމެ މީހަކުވެސް ނިޢްމަތްތަކުގެ ވެރި ސުވަރުގެއަށް ވަންނާ އެދެނީ ހެއްޔެވެ؟ (އެއީ އެހެން އެދުނީމާ ވާނެ ކަމެއްބާވައެވެ؟)

  177. 70:39

    كَلَّآ ۖ إِنَّا خَلَقْنَـٰهُم مِّمَّا يَعْلَمُونَ

    Kallaa! ʹInnaa khalaq̣naahum mimmaa yaʻlamoon!

    އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. (ބޭނުންހާ މީހަކަށް ބޭނުންހާ ގޮތަކަށް ސުވަރުގެއަކަށް ނުވަދެވޭނެއެވެ.) ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުން ހެއްދެވީ އެމީހުންވެސް ދަންނަ އެއްޗަކުންނެވެ. (އެއީ ކުނިވަސް ނުވަތަ ނުބައިވަސްދޮވާ މަނި ފޮދަކުންނެވެ. އެވަރު އެއްޗަކުން ހައްދަވައިފާވާ މީހަކު ދެންއެހާ ބޮޑާވެ ގޮތެއްފޮތެއް ނެތިގެން އެއުޅެނީ ކީއްވެގެންބާވައެވެ؟؟؟)

  178. 70:40

    فَلَآ أُقْسِمُ بِرَبِّ ٱلْمَشَـٰرِقِ وَٱلْمَغَـٰرِبِ إِنَّا لَقَـٰدِرُونَ

    Falaaa ʹuq̣simu bi-Rabbil Mashaariq̣i wal-Mag̣aaribi ʹinnaa la-Q̣aadiroon.

    ފަހެ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެންވާކަމުގައި މަޝްރިޤްތަކާއި مَغْرِبُ ތަކުގެވެރި رب ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި ވަޙީ ކުރައްވަމެވެ.

  179. 70:41

    عَلَىٰٓ أَن نُّبَدِّلَ خَيْرًا مِّنْهُمْ وَمَا نَحْنُ بِمَسْبُوقِينَ

    ʻAlaaa ʹan nubaddila khayram minhum wa-maa Naḥnu bimasbooq̣een.

    އެއީ އެމީހުންނަށްވުރެހެޔޮބަޔަކު އެމީހުންގެބަދަލުގައި ގެންނެވުމުގެ މައްޗަށެވެ. އަދި އެކަމަށް ނުކުޅެދިވޮޑިގެންވާކަލަކު ކަމުގައި ތިމަންރަސްކަލާނގެނުވެއެވެ. (އެބަހީ ތިމަންރަސްކަލާނގެ އެކަމަށް އެދިވޮޑިގެންފިނަމަ އެކަން އެގޮތަށްކުރަށްވާފައި ހުށީމެވެ. އެކަންމަނާ ކުރެވޭނެމީހަކު ނުވެސްހުންނާނެއެވެ.)

  180. 70:42

    فَذَرْهُمْ يَخُوضُوا۟ وَيَلْعَبُوا۟ حَتَّىٰ يُلَـٰقُوا۟ يَوْمَهُمُ ٱلَّذِى يُوعَدُونَ

    Faẓarhum yakhooḍoo wa-yalʻaboo ḥattaa yulaaq̣oo Yawmahumul laẓee yooʻadoon!

    (އޭ رَسُوللُ الله އެވެ!) އެކާފަރުންގެމީހުންގެމީހުން އެމީހުންގެ އެ بَاطِلُ ވާހަކަތަކުގެރެއަށްވަދެފީނައި ދުނިޔޭގެ މަޖަލުގައި ކުޅެން ދޫކޮށްލައްވާށެވެ! އެއީ އެމީހުންނަށް ޙައްޤު ޖަޒާ ދެއްވުމަށް وَعْدُ ވެވިފަވާ ދުވަސް އަތުވެއްޖައުމަށް ދާންދެންނެވެ.

  181. 70:43

    يَوْمَ يَخْرُجُونَ مِنَ ٱلْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ

    Yawma yakhrujoona minal ʹajdaas̤i siraaʻañ kaʹannahum ʹilaa nuṣubiñy yoofiḍoon,―

    އެދުވަހަކީ ކައްވަޅުތަކުން އަވަސްއަވަހަށް އެމީހުންނުކުމެގަންނަ ދުވަހެވެ. އެދުވަހުން އެމީހުން ހީވާނީ އެތަނަކަށް ދިއުމަށް ފާހަގަކުރަން ބަހައްޓާފައިވާ ބުދަކަށް ނުވަތަ ދިދައެއް ނުވަތަކޮންމެވެސް ފާހަގައަކާއިދިމާލަށް އަވަސްއަވަހަށް ދުވެފައިދާހެނެވެ. އެމީހުން މިސްރާބުޖަހައިފާދާނީ އެދިމާއަށެވެ.

  182. 70:44

    خَـٰشِعَةً أَبْصَـٰرُهُمْ تَرْهَقُهُمْ ذِلَّةٌ ۚ ذَٰلِكَ ٱلْيَوْمُ ٱلَّذِى كَانُوا۟ يُوعَدُونَ

    Khaashiʻatan ʹabṣaaruhum tarhaq̣uhum ẓillah! Ẓaalikal Yawmul laẓee kaanoo yooʻadoon!

    އެމީހުންގެ ލޯތައްހުންނާނީ ބިރުވެރިކަމާއި ހިތާމަޔައި މޮޅިން ފެންކަޅިވެފައެވެ. އަދި އެމީހުންނަށް ވެރިވެފައިވާނީ ދެރަކަމާއި ނިކަމެތިކަމެވެ. އެދުވަސްއެއީ އެމީހުންނަށް وَعْدُ ވެވިފަވާ ދުވަހެވެ.

  183. Surah NuhBegins here at 71:1

  184. 71:1

    إِنَّآ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦٓ أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌ

    ʹInnaaa ʹarsalnaa Nooḥan ʹilaa Q̣awmiheee ʹan ʹañẓir Q̣awmaka miñ q̣abli ʹañy yaʹtiyahum ʻAẓaabun ʹaleem,

    ހަމަކަށަވަރުން ތިމަންރަސްލާނގެ نُوْح عَلَيهِ السَلام އެކަލޭގެފާނުންގެ ޤައުމަށް ރަސޫލުކަމާއިގެން ފޮނުއްވީމެވެ. އަދި އެކަލޭގެފާނަށް އެންގެވީމެވެ. ކަލޭގެފާނުންގެ ޤައުމަށް އިންޒާރު ކުރައްވާށެވެ. (قِيامة ދުވަސް އައުމުގެ ބިރުވެރިކަމުގެ ޚަބަރު އެމީހުންނަށް ދެއްވާށެވެ.) އެއީ އެމީހުންނަށް ވޭންދެނިވި عَذاب އެއް އައުމުގެ ކުރިންނެވެ. އެބަހީ އޭގެ ކުރިން އެމީހުން އީމާންވެ الله އަށް شِرْك ނުކޮށް ރަނގަޅު ޞާލިޙު ބަޔަކަށް ވުމަށެވެ.

  185. 71:2

    قَالَ يَـٰقَوْمِ إِنِّى لَكُمْ نَذِيرٌ مُّبِينٌ

    Q̣aala yaa-Q̣awmi ʹinnee lakum Naẓeerum mubeen:

    އެކަލޭގެފާނު - އެބަހީ نُوْح عَلَيه السلام- އެކަލޭގެފާނުންގެ ޤައުމަށް ވިދާޅުވިއެވެ. ގޮވާލެއްވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނީ ކަލޭމެންގެ ގާތަށް އައި ނަޒީރަކީމެވެ. އެބަހީ عَذاب އަތުވެދާނެ ކަމުގެ ބިރުވެރިކަމުގެ ޚަބަރު ދިނުމަށްއައިމީހެކެވެ.

  186. 71:3

    أَنِ ٱعْبُدُوا۟ ٱللَّهَ وَٱتَّقُوهُ وَأَطِيعُونِ

    ʹAniʻ budul laaha wattaq̣oohu wa-ʹaṭeeʻoon:

    އެއީ ކަލޭމެން الله އަށް އަޅުކަންކުރާށޭ އަދި އެކަލާނގެއަށް ބިރުވެތިވާށެވެ. އަދި ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ! (މިހެން ގޮވާލުމަށެވެ.)

  187. 71:4

    يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَىٰٓ أَجَلٍ مُّسَمًّى ۚ إِنَّ أَجَلَ ٱللَّهِ إِذَا جَآءَ لَا يُؤَخَّرُ ۖ لَوْ كُنتُمْ تَعْلَمُونَ

    Yag̣fir lakum miñ ẓunoobikum wa-yuʹakhkhirukum ʹilaaa ʹAjalim Musammaa: ʹinna ʹAjalal laahi ʹiẓaa jaaaʹa laa- yuʹakhkhar, Law kuñtum taʻlamoon.

    އޭރުން އެކަލާނގެ ކަލޭމެންގެ ފާފައިގެ ތެރެއިން ބައެއް ފާފަ ފުއްސަވައި އަދި ކަނޑައެޅި ނަންކިއައިގެންވާ ވަކި ދުވަހަކަށް ކަލޭމެން ލަސްކުރަށްވާ ހުއްޓެވެ. ހަމަކަށަވަރުން الله ކަނޑައަޅުއްވައިފައިވާ ދުވަސް އަތުވެއްޖެއްޔާއި ދެން ލަސްފަސްވުމެއްނޯއްނާނެއެވެ. އެކަން ކަލޭމެންނަށް އެނގޭނެނަމައެވެ.

  188. 71:5

    قَالَ رَبِّ إِنِّى دَعَوْتُ قَوْمِى لَيْلًا وَنَهَارًا

    Q̣aala Rabbi ʹinnee daʻawtu Q̣awmee laylañw wanahaaraa:

    އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ رب އެވެ! ހަމަކަށަވަރުން މިއަޅާ މިއަޅާގެ ޤައުމަށް ދަޢްވަތު ދީފީމެވެ. ގޮވައިލައި تبليغ ކޮށްފީމެވެ. އެއީ ރޭގަނޑާއި ދުވާލުގައިވެސް މެއެވެ.

  189. 71:6

    فَلَمْ يَزِدْهُمْ دُعَآءِىٓ إِلَّا فِرَارًا

    Falam yazidhum duʻaaaʹeee ʹillaa firaaraa.

    އަދި މިއަޅާގެ ގޮވައިލެއްވުމުން އެމީހުން ފުރަގަސް ދިނުމާއި ފިލައަގެން ދިއުން މެނުވީ އިތުރެއް ނުކުރިއެވެ.

  190. 71:7

    وَإِنِّى كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوٓا۟ أَصَـٰبِعَهُمْ فِىٓ ءَاذَانِهِمْ وَٱسْتَغْشَوْا۟ ثِيَابَهُمْ وَأَصَرُّوا۟ وَٱسْتَكْبَرُوا۟ ٱسْتِكْبَارًا

    Wa-ʹinnee kullamaa daʻawtuhum litag̣fira lahum jaʻalooo ʹaṣaabiʻahum feee ʹaaẓaanihim wastag̣shaw s̤iyaabahum wa-ʹaṣarroo wastakbarus tikbaaraa,

    އަދި ހަމަކަށަވަރުން އިބަރަސްކަލާނގެ އެމީހުންގެ ފާފަ ފުއްސެވުމުގެ ސަބަބެއްކަމުގައިވާ އީމާން ކަމަށާއި ކިޔަމަންތެރި ކަމަށް މިއަޅާ އެމީހުންނަށް ގޮވައިލެއްވި ކޮންމެ ހިނދެއްގައި އެމީހުންގެ އިނގިލިތައް އެމީހުންގެ ކަން ފަތް ތަކުގެ މަތީގައި އަޅަނީއެވެ. އަދި އެމީހުންގެ ހެދުންތައް މުޅި ގައިގާ އޮޅާ މިއަޅާގެ އަޑު ނީވޭނެ ގޮތުން ނިވައި ވަނީއެވެ. އަދި އެކާފަރުކަންމަތީ އެމީހުން އެދެމިތިބެނީ އެވެ. އަދި އެމީހުން ކަނޑައެޅިގެން ބޮޑާވެ ކިބުރުވެރިވެ ގަންނަނީއެވެ.

  191. 71:8

    ثُمَّ إِنِّى دَعَوْتُهُمْ جِهَارًا

    S̤umma ʹinnee daʻawtuhum jihaaraa;

    ދެންފަހެ މިއަޅާ އެމީހުންނަށް ފައުޅުގައި ގޮވާލައިފީމުއެވެ.

  192. 71:9

    ثُمَّ إِنِّىٓ أَعْلَنتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارًا

    S̤umma ʹinneee ʹaʻlañtu lahum wa-ʹasrartu lahum ʹisraaraa,

    ދެންހަމަކަށަވަރުން މިއަޅާ އެމީހުންނަށް ބާރު އަޑުން ދަޢްވަތު އިޢްލާން ކޮށްފީމެވެ. އަދި ކަނޑައެޅިގެން ސިއްރު ސިއްރުން (އެކިއެކި މީހުން ވަކިވަކިން ގެނުވައިގެންވެސް) ދަޢްވަތު ދީފީމެވެ.

  193. 71:10

    فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا

    Faq̣ultus tag̣firoo Rabbakum; ʹinnahoo kaana G̣affaaraa;

    އަދި މިއަޅާ އެމީހުންނަށް ބުނީމެވެ. ކަލޭމެން ކަލޭމެން رب ގެ حَضْرَةُ ގައި ކަލޭމެންގެ ފާފަފުއްސެވުން އެދިދަންނަވާށެވެ. ހަމަކަށަވަރުން އެކަލާނގެ ވޮޑިގެންވަނީ ގިނަ ގިނައިން ފާފަ ފުއްސަވާ ކަލަކު ކަމުގައެވެ.

  194. 71:11

    يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا

    Yursilis samaaaʹa ʻalaykum midraaraa;

    އެކަލާނގެ ކަލޭމެންގެމައްޗަށް އުޑުންބޯވާރޭވެއްސަވާނެއެވެ. (އެބަހީ ފާފަ ފުއްސެވުމަށް އެދި ތައުބާވުމަކީ ވާރޭފެން ގިނަވެ މުއްސަދިވުމުގެ ސަބަބެކެވެ. އަދި އޭގެއިދިކޮޅު އިދިކޮޅެވެ.)

  195. 71:12

    وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّـٰتٍ وَيَجْعَل لَّكُمْ أَنْهَـٰرًا

    Wa-yumdidkum̃ biʹamwaaliñw wabaneena wa-yajʻal lakum Jannaatiñw Wa yajʻal lakum ʹanhaaraa.

    އަދި މުދަލާއި ދަރީނުން އެކަލާނގެކަލޭމެންނަށް މަދަދުކޮށް ދެއްވައެވެ. އެބަހީ ކަލޭމެންނަށް މުދަލާއި ދަރިން ދެއްވަނީވެސް ހަމައެކެލާނގެއެވެ. އަދި ބަގީތަކާއި މީރުފެނުގެކޯރުތައްވެސްކަލޭމެނަށް ލައްވައި ދެއްވީ ހަމައެކަލާނގެއެވެ. މިހުރިހައި نِعْمَةُ ގެ މުޤާބިލުގައި ކަލޭމެން އެކަލާނގެއަށް އީމާންވެ ޝުކުރުއަދާކުރާށެވެ. ޝުކުރު އަދާކުރުމަކީ އެކަލާނގެއަށް އީމާންވެ އެކަލާނގެއަށް އަޅުކަންކުރުމެވެ. އެކައްޗަކާވެސް އެކަލާނގެއާއި ޝަރީކު ނުކުރުމެވެ.

  196. 71:13

    مَّا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا

    Maa- lakum laa- tarjoona lillaahi wa-q̣aaraa,―

    (نوح عليه السّلام) އެކަލޭގެފާނުގެ ޤައުމާ މުޚާތަބުކުރައްވައި ވިދާޅުވިއެވެ.) ކަލޭމެން الله އަށް މާތްކޮށް ހިތައި އެކަލާނގެ މާތް ވަންތަ ކަމާއި عظمة ގެ ބޮޑުކަމަށް ކަލޭމެން ބިރުވެތި ނުވާންވީ ކޮން ކަމަކާ ހެދި ހެއްޔެވެ. ކަލޭމެން ނަށް އޮތީ ކޮން ޢުޛުރެއް ހެއްޔެވެ.

  197. 71:14

    وَقَدْ خَلَقَكُمْ أَطْوَارًا

    Wa-q̣ad khalaq̣akum ʹaṭwaaraa?

    ހަމަކަށަވަރުން އެކަލާނގެ ކަލޭމެން ހެއްދެވީ އެތައް ޙާލު ތަކެއްގެ ތެރޭގައެވެ. އެތަކެއް ދައުރުގެ ތެރޭގައެވެ. (މަނި ފޮދުވަރަކުން - ލޭކޮޅަކުން - މަސްކޮޅަކުން - ކަށިކޮޅަކުން މިހެންގޮސް ކަލޭމެންގެ ހެއްދެވުން ފުރިހަމަވަންދެން އެކަލާނގެ ހެއްދެވިއެވެ. މިފަދަ ފުރިހަމަކޮށް އަޖާބުވާފަދަ ރީތި ގޮތަކަށް މިހާ ކުޅަދާނަކޮށް މި އިންސާނާ ހެއްދެވި ފަރާތަށްފަހެ ބިރުވެތިވެ ޢިޙްތިރާމު ކޮށް މާތްކޮށް ހިތުން ޙައްޤު ނުވޭބާވައެވެ؟)

  198. 71:15

    أَلَمْ تَرَوْا۟ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَـٰوَٰتٍ طِبَاقًا

    ʹAlam taraw kayfa khalaq̣al laahu sabʻa samaawaatiñ ṭibaaq̣aa,

    އަޅެ ފަހެ الله تعالى ހަތް އުޑު އެކަތި އަނެކެތި މައްޗަށް ވާ ގޮތަށް ހައްދަވާފައި ވަނީ ކޮންފަދައަކުންކަން (ކޮންފަދަ ބަދަހި ފުރިހަމަ ނިޟާމެއްގެ މަތީގައިކަން) ކަލޭމެން ނުދެކެނީހެއްޔެވެ؟ އެކަންކަމަށް ބަލައި އެކަންކަމުން އެކަލާނގެ ޤުދުރަތްތެރިވަންތަކަމުގެ ދަލީލު ނުލިބެނީހެއްޔެވެ؟

  199. 71:16

    وَجَعَلَ ٱلْقَمَرَ فِيهِنَّ نُورًا وَجَعَلَ ٱلشَّمْسَ سِرَاجًا

    Wa-jaʻalal q̣amara feehinna noorañw wajaʻalash shamsa Siraajaa?

    އަދި އެ އުޑުތަކުގައި އަލިކުރާނެ ނޫރެއްކަމުގައި ހަނދު ލައްވައި އިރު ބައްތިއެއްކަމުގައި އެކަލާނގެ ލެއެވިއެވެ.

  200. 71:17

    وَٱللَّهُ أَنۢبَتَكُم مِّنَ ٱلْأَرْضِ نَبَاتًا

    Wallaahu ʹambatakum minal ʹarḍi nabaataa,

    އަދި ތިޔަބައިމީހުން ބިމުން އުފައްދަވައި އެތަނުން ނެރުއްވީ ހަމަ الله އެވެ. (އެބަހީ ތިޔަބައިމީހުން އަސްލުކަމުގައިވާ އާދަމްގެފާނު الله ހެއްދެވީ ވެލިންނެވެ.)

  201. 71:18

    ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًا

    S̤umma yuʻeedukum feehaa wa-yukhrijukum ʹikhraajaa?

    ދެން އެކަލާނގެ ތިޔަބައިމީހުން މަރުވުމަށްފަހު އެ ބިމަށް ރުޖޫޢަ ކުރައްވާނެއެވެ. އަދި ޤިޔާމަތް ދުވަހުން އަލުން އަނެއްކާވެސް ކަނޑައެޅިގެން އެކަލާނގެ ތިޔަބައިމީހުން އެބިމުން ނެރުއްވާނެއެވެ.

  202. 71:19

    وَٱللَّهُ جَعَلَ لَكُمُ ٱلْأَرْضَ بِسَاطًا

    Wallaahu jaʻala lakumul ʹarḍa bisaaṭaa,

    އަދި الله تعالى ތިޔަބައި މީހުންނަށްޓަކައި އިށީނދެ އޮށޭވެ އަދި ހިނގާބިނގާވެ އުޅުމަށްޓަކައި ދޫލައެއްކަމުގައި ތަންމަށްޗެއްކަމުގައި ބިންގަނޑު ލެއްވިއެވެ.

  203. 71:20

    لِّتَسْلُكُوا۟ مِنْهَا سُبُلًا فِجَاجًا

    Litaslukoo minhaa subulañ fijaajaa.

    އެއީ ތިޔަބައިމީހުން އެތަނުން ބޮޑެތި އަދި ތަނަވަސް މަގުތައް އިޚްތިޔާރުކޮށް ހެދުމަށްޓަކައެވެ.

  204. 71:21

    قَالَ نُوحٌ رَّبِّ إِنَّهُمْ عَصَوْنِى وَٱتَّبَعُوا۟ مَن لَّمْ يَزِدْهُ مَالُهُۥ وَوَلَدُهُۥٓ إِلَّا خَسَارًا

    Q̣aala Nooḥur Rabbi ʹinnahum ʻaṣawnee wattabaʻoo mal lam yazidhu maaluhoo wa-waladuhooo ʹillaa khasaaraa.

    نوح عليه السّلام ދެންނެވިއެވެ. އޭ އަޅުގެ رب އެވެ! ހަމަކަށަވަރުން އެމީހުން މިއަޅާއަށް އުރެދިއްޖެއެވެ. އެމީހުން އެ އުރެދުންމަތީ ދެމިތިބިއްޖެއެވެ. އަދި އެމީހުން تبع ވީ އެމީހުންގެ މުދަލާއި ދަރީންނުން ގެއްލުމާއި ހަލާކު މެނުވީ އިތުރު ނުކޮށްދޭބަޔަކާއެވެ. (އެބަހީ އެމީހުންގެ ދެރަވަރު މީހުން ތަބާވީ އެމީހުންގެތެރޭގައިތިބި ބޮޑެތި އަދި ކަމުވޮށިވެގެންވާމީހުންނާއި މުއްސަދިންނާއެވެ.)

  205. 71:22

    وَمَكَرُوا۟ مَكْرًا كُبَّارًا

    Wa-makaroo Makrañ kubbaaraa.

    އަދި އެމީހުން ވަރަށް ބޮޑުވެގެންވާ މަކަރުހަދައިފިއެވެ. (އެމީހުން ހެދިމަކަރަކީ ރަށުގައިތިބި މޮޔަޖާހިލުން نوح عليه السّلام ގެމައްޗަށް ފާކުރެއްވުމެވެ. އެމީހުން އެކަލޭގެފާނަށް ފާޑުފާޑުގެ ދިމާކުންތައް ދިމާކުރުންވެއެވެ. އަދި މުދާވެރި މަތީމީހުން ފަޤީރުންނަށް އޮޅުވާ ހެއްލުންތެރި ކުރުންވެއެވެ. އަދިވެސް އެތައްކަމެކެވެ.

  206. 71:23

    وَقَالُوا۟ لَا تَذَرُنَّ ءَالِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا

    Waq̣aaloo laa- taẓarunna ʹaalihatakum wa-laa taẓarunna Waddañw Walaa Suwaaʻaa, wa-laa Yag̣oos̤a wa-Yaʻooq̣a wa-Nasraa;―

    އަދި އެމީހުންގެ ބޮޑެތިމީހުން ބުނެއެވެ. ކަލޭމެން ކަލޭމެން އަޅުކަންކުރާބުދުތައް ދޫނުކުރާށެވެ. وَدُّ އާއި سُوَاعُ އާއި يَغُوْثُ އާއި يَعُوْقُ އާއި އަދި نَسْرُ އާއި މިބުދުތައް ދޫނުކުރާށެވެ. މިތަކެއްޗަށް އަޅުކަންކުރާށެވެ.\n(މިނަންތަކަކީ އޭރު އެޤައުމުގައި އަޅުކަންވެވެމުންއައި ބޮޑެތި ބުދުތަކުގެނަންތަކެވެ. އަސްލުގައި އެއީ ފަސްމީހުންގެ ފަސްނަމެވެ. އެނަންތައް ބުދުގެނަންނަމަށް ބަދަލުވީގޮތް حَدِيْث ފޮތްފޮތުން ފެންނަން އެބަހުއްޓެވެ. އެއީދިގުބަޔާނަކަށްވާތީ އެވާހަކަ އެހެންފުރުސަތެއްގަ ދެންނެވުމަށްބާއްވަމެވެ.) (އެވާހަކަ އަހުރެންލިއުނު تَوْحِيْيد ފޮތް "دُرُوْس مِنَ التَّوْحِيْد" ގައިބަޔާންކޮށްފައި ވާނެއެވެ.)

  207. 71:24

    وَقَدْ أَضَلُّوا۟ كَثِيرًا ۖ وَلَا تَزِدِ ٱلظَّـٰلِمِينَ إِلَّا ضَلَـٰلًا

    Wa-q̣ad ʹaḍalloo kas̤eeraa; wa-laa tazidiz̤̣ z̤̣aalimeena ʹillaa ḍalaalaa.

    އަދިހަމަކަށަވަރުން އެޤައުމުގެ ބޮޑެތިކާފަރުން މަގުފުރެދިގެން ތިބެމެ ވަރަށްގިނަ އާދައިގެމީހުން މަގުފުރެއްދިއެވެ. އަދި އެއަނިޔާވެރި މުޝްރިކުންނަށް މަގުފުރެދުންނޫނީ އިތުރުނުވިއެވެ.

  208. 71:25

    مِّمَّا خَطِيٓـَٔـٰتِهِمْ أُغْرِقُوا۟ فَأُدْخِلُوا۟ نَارًا فَلَمْ يَجِدُوا۟ لَهُم مِّن دُونِ ٱللَّهِ أَنصَارًا

    Mimmaa khaṭeeeʹaatihim ʹug̣riq̣oo faʹudkhiloo Naaraa: falam yajidoo lahum miñ doonil laahi ʹañṣaaraa.

    އެމީހުންގެ ކުށްފާފަތަކުގެސަބަބުން طُوْفَانُ ގައި އެމީހުން މަރުވެގެން ދިޔައީއެވެ. ދެން އޭގެފަހުގައި އެމީހުން އަލިފާނަށް ވެއްދޭނެއެވެ. (ބުނެވެނީ އެއީ بَرْزَخ ގެ عَالَم ގައި قِيَامَة ވުމުގެ ކުރީން އެމީހުން ވެއްދެވޭ އަލިފާނެއްކަމުގައެވެ. އަދި قِيَامَة ދުވަހުން ގަދައަލިފާނަށް އެމީހުން ވެއްދެވޭނެއެވެ. މިގޮތުގެ މައްޗަށް ދަލީލުކުރާއާޔަތްތައް އެބަހުއްޓެވެ. وَالله أَعْلَم...) އަދި الله ފިޔަވައި އެހެން އެއްވެސް نَصْرُ ވެރިޔަކު، އަދި މަދަދުގާރަކު އެމީހުނަކަށް ނުފެނުނެވެ.

  209. 71:26

    وَقَالَ نُوحٌ رَّبِّ لَا تَذَرْ عَلَى ٱلْأَرْضِ مِنَ ٱلْكَـٰفِرِينَ دَيَّارًا

    Wa-q̣aala Nooḥur Rabbi laa- taẓar ʻalal ʹarḍi minal kaafireena dayyaaraa!

    އަދި نوح عليه السّلام ދެންނެވިއެވެ. އޭ އަޅުގެ رب އެވެ! ކާފަރުންގެ ތެރެއިން ގެއަކު ދިރި އުޅޭނެ އެކަކުވެސް ބިންމަތީގައި ނުބަހައްޓަވާންދޭވެ! އެބަހީ އެންމެހާ ކާފަރުން ހަލާކު ކުރައްވާ މަރުއްވާނދޭވެ!

  210. 71:27

    إِنَّكَ إِن تَذَرْهُمْ يُضِلُّوا۟ عِبَادَكَ وَلَا يَلِدُوٓا۟ إِلَّا فَاجِرًا كَفَّارًا

    ʹInnaka ʹiñ taẓarhum yuḍilloo ʻibaadaka wa-laa yalidooo ʹillaa faajirañ kaffaaraa.

    (نوح عليه السّلام ދެންނެވިއެވެ. އޭ އަޅުގެ رب އެވެ!) އިބަރަސްކަލާނގެ އެކާފަރުންގެ މީހުން ބިންމަތީގައި އުޅުމަށް ދޫކުރައްވައިފިނަމަ އިބަރަސްކަލާނގެ މުއުމިނު އަޅުތަކުންގެ ވަރަށް ގިނަ ބަޔަކު އެމީހުން މަގުފުރައްދާ ޙައްޤު މަގުން ދުރުކުރާނެއެވެ. އަދި އެމީހުންގެ ތެރެއަށް ނުބައިނުލަފާ އަދި ކާފަރުކަން ގަދަ ކާފަރުން ނޫނީ ނުއުފެދޭނެއެވެ.

  211. 71:28

    رَّبِّ ٱغْفِرْ لِى وَلِوَٰلِدَىَّ وَلِمَن دَخَلَ بَيْتِىَ مُؤْمِنًا وَلِلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ وَلَا تَزِدِ ٱلظَّـٰلِمِينَ إِلَّا تَبَارًۢا

    Rabbig̣ fir lee wa-li-waalidayya wa-limañ dakhala baytiya Muʹminañw Walil-Muʹmineena wal-Muʹminaat: wa-laa tazidiz̤̣ z̤̣aalimeena ʹillaa tabaaraa!

    އޭ އަޅުގެ رب އެވެ!މިއަލާއަށާއި މިއަޅާގެ މައިންބަފައިންނަށާއި އަދި މިއަޅާގެ ގެއަށް - ނުވަތަ މިއަޅާގެ މިސްކިތަށް - އީމާން ވެގެންވާ ޙާލު ވަތް ކޮންމެ މުއުމިނަކަށާއި އަދި އެންމެހާ މުއުމިނު ފިރިހެނުންނަށާއި އަދި އެންމެހާ މުއުމިނު އަންހެނުންނަށް ވެސް ފާފަ ފުއްސަވާނދޭއެވެ! އަދި އަނިޔާވެރިންނަށް / مُشْرِكُ ންނަށް ގެއްލުމާއި ހަލާކުމެނުވީ އިތުރު ނުކުރައްވާދޭވެ.

  212. Surah Al-JinnBegins here at 72:1

  213. 72:1

    قُلْ أُوحِىَ إِلَىَّ أَنَّهُ ٱسْتَمَعَ نَفَرٌ مِّنَ ٱلْجِنِّ فَقَالُوٓا۟ إِنَّا سَمِعْنَا قُرْءَانًا عَجَبًا

    Q̣ul ʹooḥiya ʹilayya ʹanna hustamaʻa nafarum minal Jinni faq̣aalooo ʹinnaa samiʻnaa Q̣urʹaanan ʻajabaa,

    (އޭ رَسُول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ޖިންނިންގެޖަމާޢަތެއްގެބަޔަކު (ތިމަންކަލޭގެފާނުޤުރްއާން ކިޔެވިއަޑު) އަހައިފިކަމުގައި ތިމަންކަލޭގެފާނަށް وَحِي އިއްވެވިއްޖެއެވެ. އެބަހީ الله ތިމަންކަލޭގެފާނަށް އަންގަވައިފިއެވެ. އަދިއެމީހުން قُرْآن ގެ އަޑުއަހައިފާ އެމީހުންގެ ޤައުމަށްގޮސް ބުންޏެވެ. އޭއަހުރެމެންގެ ޤައުމުގެމީހުންނޭވެ، ހަމަކަށަވަރުން عَجَائِبُ ވާފަދަ قُرْآن އެއް ނުވަތަ عَجَائِبُ ވާފަދަބަސްތަކެއް އަހުރެމެން އަހައިފީމެވެ.

  214. 72:2

    يَهْدِىٓ إِلَى ٱلرُّشْدِ فَـَٔامَنَّا بِهِۦ ۖ وَلَن نُّشْرِكَ بِرَبِّنَآ أَحَدًا

    Yahdeee ʹilar Rushdi faʹaamannaa bih: wa-lan nushrika bi-Rabbinaaa ʹaḥadaa.

    އެ قُرْآن މަގުދައްކަނީ ސީދާ ޙައްޤު ތެދުމަގަށެވެ. އެހެންވެ އަހުރެމެން އެ قُرْآن އަށް އީމާންވެއްޖައީމެވެ. (އެއީ ﷲ ގެ حَضْرَةُ ންބާވައިލައްވާފައިވާ ޙައްޤު ފޮތެއްކަމުގައި ތެދުކޮށްފީމެވެ.) އަދި އަހުރެމެން އަހުރެމެންގެ رَبُّ އަށް ހަމަ އެއްގޮތަކަށްވެސް ޝަރީކު ނުކުރާހުށީމެވެ.

  215. 72:3

    وَأَنَّهُۥ تَعَـٰلَىٰ جَدُّ رَبِّنَا مَا ٱتَّخَذَ صَـٰحِبَةً وَلَا وَلَدًا

    Wa-ʹannahoo Taʻaalaa Jaddu Rabbinaa mat takhaẓa ṣaaḥibatañw walaa waladaa.

    އަދި ހަމަކަށަވަރުން އަހުރެމެންގެ رَبُّ ގެ މާތްކަމާއި އެކަލާނގެ عَظَمَة މަތިވެރިވެ އުފުލިގެންވެއެވެ. އަދި އެކަލާނގެ އެއްވެސް އަނބިކަނބަލަކު ވިޔަސް އަދި ދަރިކަލަކުވިޔަސް ނުހިއްޕަވައެވެ. (އެއިން އެއްވެސް ފަރާތެއް އިޚްތިޔާރު ނުކުރައްވައެވެ. އެއީ އެކަލާނގެއަށް އެއްވެސް شَرِيك އަކުނުވާ އެއްކައުވަންތަކަލާނގެ އެވެ.

  216. 72:4

    وَأَنَّهُۥ كَانَ يَقُولُ سَفِيهُنَا عَلَى ٱللَّهِ شَطَطًا

    Wa-ʹannahoo kaana yaq̣oolu safeehunaa ʻal allaahi shaṭaṭaa;

    އަދި ހަމަކަށަވަރުން އަހުރެމެންގެތެރޭގައިވާ ބޯ ހަމަނުޖެހޭ ޖާހިލުން الله އާއި މެދު ދޮގު އަދި އަނިޔާވެރި ބަސްތަށް ބުނަނީއެވެ. އެކަލާނގެ އަށް شَرِيك ންތަށް ލަނީއެވެ.

  217. 72:5

    وَأَنَّا ظَنَنَّآ أَن لَّن تَقُولَ ٱلْإِنسُ وَٱلْجِنُّ عَلَى ٱللَّهِ كَذِبًا

    Wa-ʹannaa z̤̣anannaaa ʹal lañ taq̣oolal ʹiñsu wal-jinnu ʻal allaahi kaẓibaa.

    އަދި ހަމަކަށަވަރުން އަހުރެމެން ހީކުރީ އިންސާނަކުވެސް އަދި ޖިންނިއަކުވެސް ﷲ ގެ މައްޗަށް ދޮގެއްނަހަދާނެކަމަށެވެ.

  218. 72:6

    وَأَنَّهُۥ كَانَ رِجَالٌ مِّنَ ٱلْإِنسِ يَعُوذُونَ بِرِجَالٍ مِّنَ ٱلْجِنِّ فَزَادُوهُمْ رَهَقًا

    Wa-ʹannahoo kaana rijaalum minal ʹiñsi yaʻooẓoona birijaalim minal Jinni fazaadoohum rahaq̣aa.

    އަދި ހަމަކަށަވަރުން ޖިންނިންގެ ބައެއްފިރިހެނުންގެކިބައިން ރައްކާތެރިކަމާއި حِمَايَة އެދޭކަމުގައިވި ބައެއްމީހުން އިންސާނުންގެތެރޭގައި ވާކަމުގައިވެއެވެ. އަދި އެކަމުގެސަބަބުން އެޖިންނިތަކަށް ބޮޑާކަމާއި ފާފަވެރިކަން އިތުރުވެއެވެ. އަދިއެއިންސާނުންނަށް ބިރުވެރިކަން އިތުރުކޮށްދެއެވެ.

  219. 72:7

    وَأَنَّهُمْ ظَنُّوا۟ كَمَا ظَنَنتُمْ أَن لَّن يَبْعَثَ ٱللَّهُ أَحَدًا

    Wa-ʹannahum z̤̣annoo kamaa z̤̣anañtum ʹal lañy yabʻas̤al laahu ʹaḥadaa.

    އަދި އެއިންސާނުންވެސް ހީކުރީ ކަލޭމެން ޖިންނިންވެސް ހަމަތިޔަހީކުރި ގޮތަށެވެ. އެއީ الله تَعَالَى އެއްވެސް އާދަމުގެދަރިއަކު ރަސޫލުކަމާއިގެން ނުފޮނުއްވާކަމަށެވެ.

  220. 72:8

    وَأَنَّا لَمَسْنَا ٱلسَّمَآءَ فَوَجَدْنَـٰهَا مُلِئَتْ حَرَسًا شَدِيدًا وَشُهُبًا

    Wa-ʹannaa lamasnas samaaaʹa fawajadnaahaa muliʹat ḥarasañ shadeedañw washuhubaa.

    އަދި ހަމަކަށަވަރުން އުޑުގެ ޚަބަރުތައް ހޯދުމަށް ކުރިއެކޭވެސް އެއްފަދައިން އަހުރެމެން ދިޔައީމުއެވެ. ނަމަވެސް އަހުރެމެންނަށް މިހާރު އެއުޑުފެނުނީ ގަދަފަދަވެގެންވާ މަލާއިކަތްބޭކަލުން އެތަންރައްކާތެރި ކުރުމަށްޓަކައި ފޯރިމެރުމަށް އެތާގައި ފުރިގެންވަނިކޮށެވެ. އަދި އެތަނުން ޚަބަރު ސާފުކުރަންދާ ޖިންނިންނަށްވާ ގިނިހިލައެވެ.

  221. 72:9

    وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَـٰعِدَ لِلسَّمْعِ ۖ فَمَن يَسْتَمِعِ ٱلْـَٔانَ يَجِدْ لَهُۥ شِهَابًا رَّصَدًا

    Wa-ʹannaa kunnaa naq̣ʻudu minhaa maq̣aaʻida lissamʻ; famañy yastamiʻil ʹaana yajid lahoo shihaabar raṣadaa.

    އަދި ހަމަކަށަވަރުން މީގެކުރީގައި ޚަބަރު އެހުމަށްޓަކައި އުޑުގެތަންތާގައި އަހުރެމެން އިށީންދެ ތިބޭކަމުގައިވީމުއެވެ. އެހެންނަމަވެސް މިހާރު އެއިންތާކު ޚަބަރު އެހުމުގެ ޤަސްދުގައި އިށީންނަންދާމީހަކަށް ދިމާވާނީ ސީދާކުރެވޭ ގިނިހިލައެކެވެ. (ޚަބަރެއް އެހުމުގެކުރިން އެގިނިހިލައިންޖެހި އެދާޖިންނިއެއް ހަލާކުވެދެއެވެ.)

  222. 72:10

    وَأَنَّا لَا نَدْرِىٓ أَشَرٌّ أُرِيدَ بِمَن فِى ٱلْأَرْضِ أَمْ أَرَادَ بِهِمْ رَبُّهُمْ رَشَدًا

    Waʹannaa laa- nadreee ʹasharrun ʹureeda bimañ fil ʹarḍi ʹam ʹaraada bihim Rabbuhum rashadaa.

    އަދި ބިމުގެ އަހުލުވެރިންނަށް އެމީހުންގެ رَبُّ އެދިވޮޑިގަންނަވަނީ ނުބައެއްކަމެއް އަދި ނުވަތަ އެކަލާނގެ އެމީހުންނަށްޓަކައި އެދިވޮޑިގަންނަވަނީ ތެދުމަގެއްކަމެއް ނުވަތަ ހެވެއްކަމެއް އަހުރެމެންނަކަށްނޭގެއެވެ. (ކޮންމެއަކަސް އެތާގެ ކަންތައް މިހުރީ އިހުނާތަފާތުގޮތަކަށެވެ.)

  223. 72:11

    وَأَنَّا مِنَّا ٱلصَّـٰلِحُونَ وَمِنَّا دُونَ ذَٰلِكَ ۖ كُنَّا طَرَآئِقَ قِدَدًا

    Wa-ʹannaa minnaṣ ṣaaliḥoona wa-minnaa doona ẓaalik: kunnaa ṭaraaaʹiq̣a q̣idadaa.

    އަދިހަމަކަށަވަރުން އަހުރެމެންގެތެރޭގައި صَالِحُ މާތްމީހުންވެއެވެ. އަދިހަމަކަށަވަރުން އަހުރެމެންގެތެރޭގައި އެއަށްވުރެދަށްމީހުންވެއެވެ. (މިއީ ހައްތާވެސް ޖިންނީންގެމީހުން އެމީހުންގެމީހުންނަށްކިޔައިދޭވާހަކައެވެ. އަދި ބުނެއެވެ.) އަހުރެމެންވީ ތަފާތުވެގެންވާ. ޖަމާޢަތްތަކަކަށެވެ. ބައިބަޔަށެވެ. އެބަހީ އަހުރެމެންވީ ތަފާތު فِرْقَة ތަކަކަށެވެ.

  224. 72:12

    وَأَنَّا ظَنَنَّآ أَن لَّن نُّعْجِزَ ٱللَّهَ فِى ٱلْأَرْضِ وَلَن نُّعْجِزَهُۥ هَرَبًا

    Wa-ʹannaa z̤̣anannaaa ʹal lan nuʻjizal laaha fil ʹarḍi wa-lan nuʻjizahoo harabaa.

    އަދިހަމަކަށަވަރުން އަހުރެމެން ޔަޤީންކުރީ އަދި އަހުރެމެންނަށް އެނގުނީ ބިންމަތީގައިވެސް އަހުރެމެންނަށް الله ނުކުޅައްދައި ނުލެވޭނެކަމެވެ. އަދިއެކަލާނގެއަށް އަތުނުވާން ފިލަންގޮސްގެންވެސް އެކަލާނގެ ނުކުޅައްދައިނުލެވޭނެކަމެވެ. އެކަލާނގެއަށް އަތުނުވާން ފިލައިގެން ނުދެވޭނެކަމެވެ.

  225. 72:13

    وَأَنَّا لَمَّا سَمِعْنَا ٱلْهُدَىٰٓ ءَامَنَّا بِهِۦ ۖ فَمَن يُؤْمِنۢ بِرَبِّهِۦ فَلَا يَخَافُ بَخْسًا وَلَا رَهَقًا

    Wa-ʹannaa lammaa samiʻnal Hudaaa ʹaamannaa bih. Famañy yuʹmim bi-Rabbihee falaa yakhaafu bakhsañw walaa rahaq̣aa.

    އަދިހަމަކަށަވަރުން އަހުރެމެންނަށް ތެދުމަގު އަޑުއިވުމުން އެތެދުމަގުއެއީ ﷲ ގެ حَضْرَةُ ންވާތެދުމަގެއް ކަމުގައި އަހުރެމެން ޤަބޫލުކޮށް ތެދުކޮށްފީމެވެ. ފަހެ އެމީހަކު އެމީހަކުގެ رَبُّ އަށް އީމާންވެއްޖެމީހާ ދަންނައެވެ. ފަހެ އެނާ އޭނާގެ ދަރުމަ އުނިވެދާނޭކަމަށް ބިރުނުގަންނާނެއެވެ. އަދި އޭނާގެ ނުބައިތައް ގިނަވެ އަނިޔާއެއް ލިބިދާނޭކަމުގެވެސް އެއްވެސްބިރެއްނެތެވެ. އެންމެތަންފުކެއްވެސް ތަފާތުނުވާނެއެވެ.

  226. 72:14

    وَأَنَّا مِنَّا ٱلْمُسْلِمُونَ وَمِنَّا ٱلْقَـٰسِطُونَ ۖ فَمَنْ أَسْلَمَ فَأُو۟لَـٰٓئِكَ تَحَرَّوْا۟ رَشَدًا

    Wa-ʹannaa minnal Muslimoona wa-minnal Q̣aasiṭoon. Faman ʹaslama faʹulaaaʹika taḥarraw rashadaa.

    އަދިހަމަކަށަވަރުން އަހުރެމެންގެތެރޭގައި (اللهއަށާއި އެކަލާނގެ ރަސޫލާއަށް) ކިޔަމަންތެރި މުސްލިމުންވެއެވެ. އަދި ހަމަކަށަވަރުން އަހުރެމެންގެތެރޭގައި އަނިޔާވެރި ނުބައިމީހުންވެސްވެއެވެ. އަދިއެމީހަކު އީމާންވެ ކިޔަމަންތެރިވެއްޖެމީހުން ދަންނައެވެ. ހަމަކަށަވަރުން އެމީހުން ޙައްޤުހޯދުމުގައި ގަދައަޅައި މަސައްކަތް ކޮށްފިއެވެ.

  227. 72:15

    وَأَمَّا ٱلْقَـٰسِطُونَ فَكَانُوا۟ لِجَهَنَّمَ حَطَبًا

    Wa-ʹammal Q̣aasiṭoona fakaanoo li-Jahannama ḥaṭabaa―

    އަދި އަނިޔާވެރި ނުބައިމީހުން ދަންނައެވެ. = ފަހެ އެމީހުންވީ ނަރަކަޔަށްވާ ދަރުކަމުގައެވެ.

  228. 72:16

    وَأَلَّوِ ٱسْتَقَـٰمُوا۟ عَلَى ٱلطَّرِيقَةِ لَأَسْقَيْنَـٰهُم مَّآءً غَدَقًا

    Wa-ʹalla-wis taq̣aamoo ʻalaṭ Ṭareeq̣ati laʹasq̣aynaahum maaaʹan g̣adaq̣aa.

    (الله وَحِي ކުރެއްވިއެވެ.) އަދިއެމީހުން އިސްލާމުދީނުގައި (ސީދާތެދުމަގުގައި) ޤާއިމުވެތިބިނަމަ ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންނަށްގިނަފެން ބޯންދެއްވީހެވެ.

  229. 72:17

    لِّنَفْتِنَهُمْ فِيهِ ۚ وَمَن يُعْرِضْ عَن ذِكْرِ رَبِّهِۦ يَسْلُكْهُ عَذَابًا صَعَدًا

    Linaftinahum feeh. Wa-mañy yuʻriḍ ʻañ Ẓikri Rabbihee yaslukhu ʻAẓaabañ ṣaʻadaa.

    އެއީ އެ نِعْمَةُގެ ސަބަބުން ތިމަންރަސްކަލާނގެ އެމީހުން إِمْتِحَانُ ކުރެއްވުމަށްޓަކައެވެ. އެމީހުންގެތެރެއިން الله އަށް ޝުކުރު ކުރަނީ ކޮންބައެއްތޯ ނުވަތަ ޝުކުރު ނުކުރަނީކޮންބައެއްތޯ (މިކަންކަން الله ދެނެވޮޑިގެންވާކަންދެއްކުމަށްޓަކައެވެ.) އަދި އެމީހާގެ رَبُّ ގެޒިކްރުން އެމީހަކު މޫނުއަބުނރައިލައިފިމީހާ ދަންނައެވެ. އުދަގޫވެގެންވާ ޢަޒާބަކަށް އެކަލާނގެ އެމީހާވައްދަވާނެއެވެ.

  230. 72:18

    وَأَنَّ ٱلْمَسَـٰجِدَ لِلَّهِ فَلَا تَدْعُوا۟ مَعَ ٱللَّهِ أَحَدًا

    Wa-ʹannal Masaajida lil-laahi falaa tadʻoo maʻal laahi ʹaḥadaa;

    އަދި ހަމަކަށަވަރުން މިސްކިތްތައް خَاصَّ ވެގެންވަނީ الله އަށެވެ. ފަހެ ކަލޭގެފާނު الله އާއިއެކު ހަމައެކަކަށްވެސް ގޮވާނުހައްދަވާށެވެ. ހަމައެކަކަށްވެސް އަޅުކަންނުކުރައްވާށެވެ. ހަމައެކަކުވެސް އެކަލާނގެއާއި އެކު ބައިވެރިނުކުރައްވާށެވެ.

  231. 72:19

    وَأَنَّهُۥ لَمَّا قَامَ عَبْدُ ٱللَّهِ يَدْعُوهُ كَادُوا۟ يَكُونُونَ عَلَيْهِ لِبَدًا

    Wa-ʹannahoo lammaa q̣aama ʻAbdul laahi yadʻoohu kaadoo yakoonoona ʻalayhi libadaa.

    އަދި ހަމަކަށަވަރުން ﷲ ގެއަޅާ مُحَمَّدٌ ﷺ ތެދުވެވަޑައިގެން (بَطْنُ نَخْلَة އެވެކިއުނުތާގައި) ނަމާދުފުޅު ކުރައްވައި دُعَاء ކުރައްވަން ހުންނެވި ވަގުތު. (އެކަލޭގެފާނުންގެ ކިޔަވާ ވިދާޅުވުމުގެ އަޑުއެހުމަށް އެކަލޭގެފާނުންގެ އަރިހަށް އައި ޖިންނިތައް އައިސް ގައިގޯޅިވެ އެކަތިއަނެކަތީގެމައްޗަށް އަރައި ތިބިއިރު އެޖިންނިތައް ހީވަނީ ރާނާފައިވާ ފާރެއްހެންނެވެ.)

  232. 72:20

    قُلْ إِنَّمَآ أَدْعُوا۟ رَبِّى وَلَآ أُشْرِكُ بِهِۦٓ أَحَدًا

    Q̣ul ʹinnamaaa ʹadʻoo Rabbee wa-laaa ʹushriku biheee ʹaḥadaa.

    (އޭ رَسُولُ لله އެވެ!) ކަލޭގެފާނުން ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ނަމާދުކޮށް دُعَاء ކުރާކަން ކަށަވަރީ ތިމަންކަލޭގެފާނުންގެ رَبُّ އަށެވެ. އަދިއެކަލާނގެއާއި ތިމަންކަލޭގެފާނުން ޝަރީކު ނުކުރާހުށީމެވެ. ހަމައެކަކުވެސް ބަވެރިނުކުރާހުށީމެވެ.

  233. 72:21

    قُلْ إِنِّى لَآ أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا

    Q̣ul ʹinnee laaa ʹamliku lakum ḍarrañw walaa rashadaa.

    (އޭ رَسُولُ لله އެވެ!) ކަލޭގެފާނުން ވިދާޅުވާށެވެ! ހަމަކަށަވަރުން ކަލޭމެންނަށް ގެއްލުމެއްދިނުމަކަށްވެސް އަދިނުވަތަ ކަލޭމެނަށް ހެވެއްހޯދައިދިނުމަކަށްވެސް (ކަލޭމެން މަގުފުރެއްދުމަށްވެސް އަދިނުވަތަ ކަލޭމެނަށް ތެދުމަގު ދެއްކެވުމަށްވެސް މިއިން އެއްވެސްކަމެއް ތިމަންކަލޭގެފާނަށް މިލްކުވެގެންނުވެއެވެ. އެކަންކަމުގެ އެއްވެސް إخْتِيَارُ އެއްތިމަންކަލޭގެފާނަށް ލިބިގެންނުވެއެވެ. އެއީ ހައްތާވެސް ﷲ ގެބާރުގެދަށުގައިވާކަންކަމެވެ.

  234. 72:22

    قُلْ إِنِّى لَن يُجِيرَنِى مِنَ ٱللَّهِ أَحَدٌ وَلَنْ أَجِدَ مِن دُونِهِۦ مُلْتَحَدًا

    Q̣ul ʹinnee lañy yujeeranee minal laahi ʹaḥad, wa-lan ʹajida miñ doonihee multaḥadaa,

    އަދި ކަލޭގެފާނުން ވިދާޅުވާށެވެ! ﷲގެ حَضْرَةُ ން އަތުވެދާނޭ ޢަޒާބަކުން ތިމަންކަލޭގެފަނު ސަލާމަތްކޮށްދޭނޭ ހަމައެކަކުވެސް الله ފިޔަވައި ތިމަންކަލޭގެފަނަކަށްނުވެއެވެ.

  235. 72:23

    إِلَّا بَلَـٰغًا مِّنَ ٱللَّهِ وَرِسَـٰلَـٰتِهِۦ ۚ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَإِنَّ لَهُۥ نَارَ جَهَنَّمَ خَـٰلِدِينَ فِيهَآ أَبَدًا

    ʹIllaa balaag̣am minal laahi wa-Risaalaatih: wa-mañy yaʻṣil laaha wa-Rasoolahoo faʹinna lahoo Naara Jahannama khaalideena feehaaa ʹabadaa.

    ހަމައެކަނި ﷲގެ حَضْرَةُ ންވާ އެކަލާނގެ އަމުރުފުޅުތަކާއި އަދި ރަސޫލުކަން ކަލޭމެނަށް އިއްވައިދެއްވުން މެނުވީ ތިމަންކަލޭގެފާނަށްމިލްކުވެގެންނުވެއެވެ. އަދި الله އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެމީހާ ދަންނައެވެ. ހަމަކަށަވަރުން އޭނާއަށް ހުރީ ނަރަކައިގެ އަލިފާނެވެ. ދާއިމީގޮތެއްގައި އެނާ އެތާ ދެމިހުން ގޮތަށެވެ.

  236. 72:24

    حَتَّىٰٓ إِذَا رَأَوْا۟ مَا يُوعَدُونَ فَسَيَعْلَمُونَ مَنْ أَضْعَفُ نَاصِرًا وَأَقَلُّ عَدَدًا

    Ḥattaaa ʹiẓaa raʹaw maa- yooʻadoona fasayaʻlamoona man ʹaḍʻafu naaṣirañw waʹaq̣allu ʻadadaa.

    ފަހެ އެކާފަރުންނާއި އެމުޝްރިކުން އެމީހުންނަށްވަޢްދުވެވިގެންވާ ޢަޒާބު އެމީހުންނަށްފެނި އަދިއެޢަޒާބު އަތުވެއްޖައުމަށްދާންދެން އެމީހުންއެގޮތުގައި ދެމިތިބޭނެއެވެ. އަދި އެޢަޒާބު އެމީހުންނަށްފެނުނީމާ نَصْرُ ވެރިން ނިކަމެތިވެ މަދުވެގެންވަނީ ކޮންބައެއްކަން އެމީހުންނަށް އެގިދާނެއެވެ. نَصْرُ ވެރިން ނިކަމެތިވެ އަދިމަދުވެގެންވަނީ އެމީހުންނަށްތޯ ނުވަތަ މުއުމިނަށްތޯ މިކަންކަން އެމީހުންނަށް އެގިދާނެއެވެ.

  237. 72:25

    قُلْ إِنْ أَدْرِىٓ أَقَرِيبٌ مَّا تُوعَدُونَ أَمْ يَجْعَلُ لَهُۥ رَبِّىٓ أَمَدًا

    Q̣ul ʹin ʹadreee ʹa-q̣areebum maa tooʻadoona ʹam yajʻalu lahoo Rabbeee ʹamadaa.

    (އޭ رَسُولُ لله އެވެ!) ކަލޭގެފާނުން ވިދާޅުވާށެވެ! ކަލޭމެންނަށްوَعْدُ ވެވިގެންވާއެތި (عَذَابُ) ގާތްވެގެންވާކަމެއް ނުވަތަ އެ (عَذَابُ) އައުމަށް ތިމަންކަލޭގެފާނުންގެ رَبُّ ވަކި މުއްދަތެއް ލައްވާފައި ވާކަމެއް ވެސް ތިމަންކަލޭގެފާނަކަށް އެގިވަޑައިގެން ނުވެއެވެ.

  238. 72:26

    عَـٰلِمُ ٱلْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِۦٓ أَحَدًا

    ʻAalimul G̣aybi falaa yuz̤̣hiru ʻalaa G̣aybiheee ʹaḥadaa,

    އެކަލާނގެއީ غَيْبُ ތައް ދެނެވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެ غَيْبُ ހަމަ އެކަކަށްވެސް އެކަލާނގެ ފައުޅު ނުކުރައްވައެވެ.

  239. 72:27

    إِلَّا مَنِ ٱرْتَضَىٰ مِن رَّسُولٍ فَإِنَّهُۥ يَسْلُكُ مِنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦ رَصَدًا

    ʹIllaa manir taḍaa mir rasooliñ faʹinnahoo yasluku mim bayni yadayhi wa-min khalfihee raṣadaa,

    އެހެންނަމަވެސް އެކަލާނގެ ފޮނުއްވާ ރަސޫލުބޭކަލުންކުރެ ބޭކަލަކަށްމެނުވީއެވެ. (އެބަހީ އެކަލާނގެ غَيْبُ ގެތެރެއިން އެކަލާނގެ ފައުޅުކުރައްވަން އިރާދަކުރެއްވިމިންވަރެއް އެކަލާނގެ އިރާދަކުރެއްވި ބޭކަލަކަށް ފައުޅުކުރައްވައެވެ. އެއީ މަލާއިކަތްބޭކަލެއްނަމަވެސް އަދި ނުވަތަ އާދަމުގެދަރިއެއްނަމަވެސް ހަމަހަމައެވެ.) ދެންފަހެ އެރަސޫލުބޭކަލެއްގެ ކުރިމަތީގައްޔާއި އަދި ފަހަތުގައި އެބޭކަލަކު ރައްކާތެރިކުރެއްވުމަށް ފާރަވެރިއަކު އެކަލާނގެ ލައްވައެވެ. އެއީ غَيْبُ ގެތެރެއަށް شَيْطَانُއާ ގަދަވެގަތަ ނުދިނުމަށްޓަކައެވެ.

  240. 72:28

    لِّيَعْلَمَ أَن قَدْ أَبْلَغُوا۟ رِسَـٰلَـٰتِ رَبِّهِمْ وَأَحَاطَ بِمَا لَدَيْهِمْ وَأَحْصَىٰ كُلَّ شَىْءٍ عَدَدًۢا

    Liyaʻlama ʹañ q̣ad ʹablag̣oo Risaalaati Rabbihim wa-ʹaḥaaṭa bimaa ladayhim wa-ʹaḥṣaa kulla shayʹin ʻadadaa.

    އެފަދައިން އެކަލާނގެ އެހައްދަވަނީ އެރަސޫލުން އެބޭކަލުންގެ رَبُّ ގެ ރަސޫލުކަން އިއްވެވިކަން ދެނެވޮޑިގެންވާކަން އެންގެވުމަށްޓަކައެވެ. އަދިއެބޭކަލުންގެ ހުރިހާކަމެއް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދިހުރިހާކަމެއް އެކަލާނގެ ހިސާބުކުރައްވައި ޢަދަދު ކުރައްވައެވެ.

  241. Surah Al-MuzzammilBegins here at 73:1

  242. 73:1

    يَـٰٓأَيُّهَا ٱلْمُزَّمِّلُ

    Yaaaʹayyuhal MUZZAMMIL!

    އޭ ފޭރާންކޮޅުތަކުން ނިވައިވެވަޑައިގެންވާ ކަލޭގެފާނެވެ.

  243. 73:2

    قُمِ ٱلَّيْلَ إِلَّا قَلِيلًا

    Q̣umil layla ʹillaa q̣aleelaa,―

    ރޭގަނޑުގެ ކުޑަ ވަގުތުކޮޅެއްގައި މެނުވީ (އަޅުކަންކުރެއްވުމަށް) ތެދުވެވަޑައިގަންނަވާށެވެ. އެބަހީ ގިނަވަގުތު އަޅުކަންކުރެއްވުމަށް ތެދުވެވަޑައިގެން ޤާއިމުވެވަޑައިގަންނަވާށެވެ.

  244. 73:3

    نِّصْفَهُۥٓ أَوِ ٱنقُصْ مِنْهُ قَلِيلًا

    Niṣfahooo ʹawiñ Q̣uṣ minhu q̣aleelaa,

    އެއީ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައެވެ. ނުވަތަ އެއަށްވުރެ ކުޑަތަންކޮޅެއް މަދުކޮށެވެ.

  245. 73:4

    أَوْ زِدْ عَلَيْهِ وَرَتِّلِ ٱلْقُرْءَانَ تَرْتِيلًا

    ʹAw zid ʻalayhi wa-rattilil Q̣urʹaana tarteelaa.

    ނުވަތަ އެއަށްވުރެން (ދެބައިކުޅަ އެއްބަޔަށްވުރެ) ކުޑަކޮށް ގިނަކޮށްލާށެވެ. އަދި ކަނޑައެޅިގެން قُرْآن ތަރުތީލު ކުރައްވާށެވެ. އެބަހީ ކޮންމެ އަކުރެއްގެ ޙައްޤުވެސް އަދާކޮށް އަކުރުތަކުގެ މަޚްރަޖުން ނެރެ މާނަޔާމެދު ވިސްނާ ފިކުރުކުރައްވައިގެން ކިޔަވާވިދާޅުވާށެވެ.

  246. 73:5

    إِنَّا سَنُلْقِى عَلَيْكَ قَوْلًا ثَقِيلًا

    ʹInnaa sanulq̣ee ʻalayka Q̣awlañ s̤aq̣eelaa.

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ މައްޗަށް ނިކަންހުރެ ބަރުވެގެންވާ ބަހެއް ބާވައިލައްވާހުށީމެވެ. (ޙުކުމްތަށް ގަދަވެގެންވާ ބަލާޣާތްތެރި ފޮތެއް - ޔަޢުނީ قُرْآن كَرِيم ބާވައިލައްވާ ހުށީމެވެ.)

  247. 73:6

    إِنَّ نَاشِئَةَ ٱلَّيْلِ هِىَ أَشَدُّ وَطْـًٔا وَأَقْوَمُ قِيلًا

    ʹInna naashiʹatal layli hiya ʹashaddu waṭ-ʹañw waʹaq̣wamu Q̣eelaa.

    ހަމަކަށަވަރުން ރޭގަނޑު ތެދުވެ ރޭއަޅުކަންކުރުން އެއީ ބުރަކަން ބޮޑުވެގެންވާ ކަމެކެވެ. އަދި ކިޔެވުން ސީދާވެފައި ސާބިތުކަން ބޮޑުވެގެންވާ ކަމެކެވެ.

  248. 73:7

    إِنَّ لَكَ فِى ٱلنَّهَارِ سَبْحًا طَوِيلًا

    ʹInna laka fin nahaari sabḥañ ṭaweelaa.

    އަދި ހަމަކަށަވަރުން ދުވާލުގެ ވަގުތުގައި އެކިއެކި ކަންކަމުގައި ގޮސް އައިސް ވުމާއި މަޝްޣޫލުވުންތަށް ކަލޭގެފާނަށް ވެއެވެ.

  249. 73:8

    وَٱذْكُرِ ٱسْمَ رَبِّكَ وَتَبَتَّلْ إِلَيْهِ تَبْتِيلًا

    Waẓkuris ma Rabbika wa-tabattal ʹilayhi tabteelaa.

    އަދި ކަލޭގެފާނުންގެ رَبُّ ގެ ނަންފުޅު ހަނދުމަފުޅު ކުރައްވާށެވެ! އަދި އެކަލާނގެއަށް ذِكْر ކުރައްވާށެވެ! އަދި ކަނޑައެޅިގެން އެކަލާނގެއަށް އަޅުކަން ކުރެއްވުމަށް އެހެނިހެން ކަންކަމުން ވަކިވެ ވަޑައިގެން އެކަމުގައި ޚާއްސަ ވެވަޑައިގަންނަވާށެވެ.

  250. 73:9

    رَّبُّ ٱلْمَشْرِقِ وَٱلْمَغْرِبِ لَآ إِلَـٰهَ إِلَّا هُوَ فَٱتَّخِذْهُ وَكِيلًا

    Rabbul Mashriq̣i wal-Mag̣ribi Laaa ʹilaaha ʹillaa Huwa fattakhiẓhu Wakeelaa.

    އެކަލާނގެއީ مَشْرِق އާއި مَغْرِب ގެވެސް رَبُّ އެވެ. އެކަލާނގެ ފިޔަވައި (އަޅުކަންވެވުން ޙައްޤު ވެގެންވާ) އެހެން އެއްވެސް އިލާހަކު ނުވެއެވެ. ފަހެ އެހެންވެ ކަލޭގެފާނުންގެ އެންމެހާ ކަންތައްތަކާއިގެން ޤާއިމުވެ ވޮޑިގެންވާ ކަލަކުކަމުގައި އެކަލާނގެ އިޚްތިޔާރު ކުރައްވައި ހަމަޖައްސަވާށެވެ!

  251. 73:10

    وَٱصْبِرْ عَلَىٰ مَا يَقُولُونَ وَٱهْجُرْهُمْ هَجْرًا جَمِيلًا

    Waṣbir ʻalaa maa- yaq̣ooloona wahjurhum hajrañ jameelaa.

    (އޭ رَسُولُ الله އެވެ!) އެމީހުން އެބުނާ ބަސްތަކާ މެދު ކެތްތެރިވެ ވަޑައިގަންނަވާށެވެ! އަދި ރިވެތި ގޮތުގައި އެމީހުންނާއި ދުރުވެވަޑައިގަންނަވާށެވެ. (އެބަހީ އެމީހުން ކުރާ މަލާމާތާއި ދައްކާ ދޮގުވާހަކަތަކާ މެދު ކެތްތެރިވެ ވަޑައިގަންނަވާށެވެ. އަދި ބަދަލު ހިއްޕެވުމުގެ ގޮތުން އެމީހުންނާއި ދުރުވެ ވަޑައި ގަންނަވާށެވެ. ނަމަވެސް މި ޙުކުމް މިއީ ހަނގުރާމައިގެ އާޔަތް ބާވައި ލެއްވުމުގެ ކުރިންނެވެ.)

  252. 73:11

    وَذَرْنِى وَٱلْمُكَذِّبِينَ أُو۟لِى ٱلنَّعْمَةِ وَمَهِّلْهُمْ قَلِيلًا

    Wa-ẓarnee walmukaẓẓibeena ʹulin naʻmati wa-mahhilhum q̣aleelaa.

    އަދި ތަނަވަސް ކަމާއި ނިޢުމަތާއި މުއްސަނދި ކަމުގެ ވެރި ދޮގުވެރީން ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ. (ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ ފަރާތުން އެމީހުންގެ ކަންތައް ނިންމައިލާ ހުށީމެވެ.) އަދި އެމީހުންނަށް ކުޑަކޮށް ތަންވަޅުދީ ވަގުތުކޮޅު ދެއްވާށެވެ. (އެއީ ދުނިޔޭގައިވެސް އެމީހުންނަށް عَذَاب އަންނާންދެންދެވެ.)

  253. 73:12

    إِنَّ لَدَيْنَآ أَنكَالًا وَجَحِيمًا

    ʹInna ladaynaaa ʹañkaalañw Wa-Jaḥeemaa,

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ حَضْرَة ގައި ހައްޔަރު ކުރެވޭނެ قيدَ ތަކާއި ކަސްތަޅުތަކާއި އަދި އަޑުކިޔާފައި އަނދާ އަލިފާން އެބަހުއްޓެވެ.

  254. 73:13

    وَطَعَامًا ذَا غُصَّةٍ وَعَذَابًا أَلِيمًا

    Wa-Ṭaʻaamañ ẓaa g̣uṣṣatiñw waʻAẓaaban ʹaleemaa.

    އަދި އެތެރެއަށް ނުގޮސް ބޭރަށްވެސް ނައިސް ކަރުގައި އަޅައިގަނެ ހެރިފައި ހުންނަ (زَقُّوم ގަހުގެ ކަށީގެ) ކާނާއާއި އަދި އެހެނިހެން ބާވަތްބާވަތުގެ ވޭންދެނިވި عَذَاب ވެއެވެ.

  255. 73:14

    يَوْمَ تَرْجُفُ ٱلْأَرْضُ وَٱلْجِبَالُ وَكَانَتِ ٱلْجِبَالُ كَثِيبًا مَّهِيلًا

    Yawma tarjuful ʹarḍu wal-Jibaalu wa-kaanatil jibaalu kas̤eebam maheelaa.

    ބިންގަނޑާއި ފަރުބަދަތައް قرار ކަމެއްނެތި ތެޅިގަންނަ ދުވަސް ހަނުދުމަފުޅު ކުރައްވާށެވެ! އެދުވަހަކީ ފަރުބަދަތައް ފައިއެޅީމާ ފައިބައިގަނެ ކަހައިލާ ޒާތުގެ މަޑު ވެލިފުނިފުންޏަށް ވާނޭ ދުވަހެވެ. (އެދުވަހުން އެކާފަރުންނަށް އިސްވެ ސިފަވެގެންވާ ގަދަ عَذَاب ހުންނަހުއްޓެވެ.)

  256. 73:15

    إِنَّآ أَرْسَلْنَآ إِلَيْكُمْ رَسُولًا شَـٰهِدًا عَلَيْكُمْ كَمَآ أَرْسَلْنَآ إِلَىٰ فِرْعَوْنَ رَسُولًا

    ʹInnaaa ʹarsalnaaa ʹilaykum Rasoolañ shaahidan ʻalaykum kamaaa ʹarsalnaaa ʹilaa Firʻawna Rasoolaa.

    (އޭ މީސްތަކުންނޭވެ!) ހަމަކަށަވަރުން فِرْعَوْنُ ގާތަށް رَسُولُ ބޭކަލަކު ފޮނުއްވި ފަދައިން ތިމަންރަސްކަލާނގެ ތިޔަބައިމީހުންގާތަށްވެސް رَسُولُ ބޭކަލަކު ފޮނުއްވައިފީމެވެ. (އެއީ محمد ﷺ އެވެ.) އެއީ قيامة ދުވަހުން ތިޔަބައިމީހުންގެ މައްޗަށް ހެކި ދެއްވާނެ ބޭކަލަކުކަމުގައެވެ.

  257. 73:16

    فَعَصَىٰ فِرْعَوْنُ ٱلرَّسُولَ فَأَخَذْنَـٰهُ أَخْذًا وَبِيلًا

    Faʻaṣaa Firʻawnur Rasoola faʹakhaẓnaahu ʹakhẓañw Wabeelaa.

    ދެން ފަހެ فِرْعَوْنُ އޭނާގާތަށް ފޮނުވުނު رَسُول އާ (موسى عليه السلام) އަށް އުރެދިއްޖެއެވެ. އެކަލޭގެފާނު ދޮގުކޮށްފިއެވެ. އެހެންވެ ތިމަންރަސްކަލާނގެ ގަދަފަދަވެގެންވާ ބާރު ހިތްޕެވުމަކުން އޭނާ يعني އެفِرْعَوْنُ ހިތްޕަވާ ހަލާކުކުރެއްވީމެވެ.

  258. 73:17

    فَكَيْفَ تَتَّقُونَ إِن كَفَرْتُمْ يَوْمًا يَجْعَلُ ٱلْوِلْدَٰنَ شِيبًا

    Fakayfa tattaq̣oona ʹiñ kafartum Yawmañy yajʻalul wildaana sheebaa―

    ފަހެ އެދުވަހެއްގެ ބިރުވެރިކަން ބޮޑުވެގެންގޮސް ކުޑަކުދިން ނުރަޖެހި މުސްކުޅިންނަށް ވާފަދަ ބިރުވެރި ދުވަހަކަށް ތިޔަބައިމީހުން ކާފަރުވެއްޖެއްޔާ ދެން ތިޔަބައިމީހުން ރައްކާތެރިވެ ސަލާމަތްވާނީ ކޮންފަދައަކުންހެއްޔެވެ. އެބަހީ ސަލާމަތެއްނުވެވޭނެއެވެ. ދަންނައެވެ. ކުޑަކުދިން ނުރަޖެހި މުސްކުޅިންނަށްވާ ވާހަކަ އެއީ ބިރުވެރިކަން ނިހާޔަތަށް ދިއުމަށް ބުނާބުނުމެވެ. والله أعلم.

  259. 73:18

    ٱلسَّمَآءُ مُنفَطِرٌۢ بِهِۦ ۚ كَانَ وَعْدُهُۥ مَفْعُولًا

    ʹAssamaaaʹu muñfaṭirum bih? Kaana waʻduhoo mafʻoolaa.

    އެދުވަހުން އުޑުވާނީ ފަޅަފަޅައިގެން ގޮސްފައެވެ. އެއީ އެދުވަހުގެ ބިރުވެރިކަމުންނާއި އަދި މަލާއިކަތްބޭކަލުން ފައިބާވަޑައިގެންނެވުމަށެވެ. އެދުވަހުން އެހެންވުމަކީ الله ވަޢުދުކުރައްވާފައިވާ ކަމެކެވެ. އަދިއެކަލާނގެ ވަޢުދުފުޅު އެއީ ހަމަކަށަވަރުން ވާނޭކަމެކެވެ. އެޔާއިމެދު ޝައްކެއްނެތެވެ.

  260. 73:19

    إِنَّ هَـٰذِهِۦ تَذْكِرَةٌ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلًا

    ʹInna haaẓihee Taẓkirah: famañ shaaaʹat takhaẓa ʹilaa Rabbihee Sabeelaa!

    ހަމަކަށަވަރުން ބިރުގަންނަވަނިވި މިއާޔަތްތަކަކީ وَعْظُ އާއި نَصِيْحَة އެކެވެ. (ހަނދާންކޮށްދެއްވުމެކެވެ.) ފަހެ އެމީހާގެ رَبُّ ގެ حَضْرَةُ އަށް ދިއުމަށް ސަލާމަތުގެ މަގެއް ހިފައި އިޚްތިޔާރު ކުރަން އެދޭމީހާ އެމަގު އަވަހަށް (މިދުނިޔޭގައި) ހޯދާހުށިކަމެވެ.

  261. 73:20

    ۞ إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَىٰ مِن ثُلُثَىِ ٱلَّيْلِ وَنِصْفَهُۥ وَثُلُثَهُۥ وَطَآئِفَةٌ مِّنَ ٱلَّذِينَ مَعَكَ ۚ وَٱللَّهُ يُقَدِّرُ ٱلَّيْلَ وَٱلنَّهَارَ ۚ عَلِمَ أَن لَّن تُحْصُوهُ فَتَابَ عَلَيْكُمْ ۖ فَٱقْرَءُوا۟ مَا تَيَسَّرَ مِنَ ٱلْقُرْءَانِ ۚ عَلِمَ أَن سَيَكُونُ مِنكُم مَّرْضَىٰ ۙ وَءَاخَرُونَ يَضْرِبُونَ فِى ٱلْأَرْضِ يَبْتَغُونَ مِن فَضْلِ ٱللَّهِ ۙ وَءَاخَرُونَ يُقَـٰتِلُونَ فِى سَبِيلِ ٱللَّهِ ۖ فَٱقْرَءُوا۟ مَا تَيَسَّرَ مِنْهُ ۚ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَقْرِضُوا۟ ٱللَّهَ قَرْضًا حَسَنًا ۚ وَمَا تُقَدِّمُوا۟ لِأَنفُسِكُم مِّنْ خَيْرٍ تَجِدُوهُ عِندَ ٱللَّهِ هُوَ خَيْرًا وَأَعْظَمَ أَجْرًا ۚ وَٱسْتَغْفِرُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ غَفُورٌ رَّحِيمٌۢ

    ʹInna Rabbaka yaʻlamu ʹannaka taq̣oomu ʹadnaa miñ s̤ulus̤ayil layli wa-niṣfahoo wa-s̤ulus̤ahoo wa-ṭaaaʹifatum minal laẓeena maʻak. Wal-laahu yuq̣addirul layla wannahaar. ʻAlima ʹal lañ tuḥṣoohu fataaba ʻalaykum faq̣raʹoo maa- tayassara minal Q̣urʹaan. ʻAlima ʹañ sayakoonu miñkum marḍaa wa-ʹaakharoona yaḍriboona fil ʹarḍi yabtag̣oona miñ Faḍlil laahi wa-ʹaakharoona yuq̣aatiloona fee Sabeelil laah. Faq̣raʹoo maa- tayassara minhu wa-ʹaq̣eemuṣ Ṣalaata wa-ʹaatuz Zakaata wa-ʹaq̣riḍul laaha Q̣arḍan Ḥasanaa. Wa-maa tuq̣addimoo liʹañfusikum min khayriñ tajidoohu ʻiñdal laahi huwa khyrañw waʹAʻz̤̣ama ʹAjraa. Wastag̣firul laah: ʹinnal laaha G̣afoorur Raḥeem.

    (އޭ رَسُولُ الله އެވެ!) ހަމަކަށަވަރުން ރޭގަޑުގެ ތިންބައިކުޅަދެބަޔަށްވުރެ ތަންކޮޅެއްމަދުންނާއި އަދި ރޭގަޑުގެ ދެބައިކުޅައެއްބައިގައްޔާއި އަދި ރޭގަޑުގެ ތިންބައިކުޅައެއްބައިގާ (މިވަރުވަރަށް) ކަލޭގެފާނާއި އަދި ކަލޭގެފާނުންގެ އަރިހުގައިވާ ބަޔަކު ރޭއަޅުކަން ކުރެއްވުމަށް (قيام اليل އަށް) ތެދުވެވަޑައިގަންނަވާކަން ހަމަކަށަވަރުން ކަލޭގެފާނުންގެ رَبُّ ދެނެވޮޑިގެންވެއެވެ. ރޭގަނޑާއި ދުވާލު މިންވަރުކުރައްވައި އެކަމުގެ حقيقة ތައް الله ދެނެވޮޑިގެންވެއެވެ. (އަދި ތިޔަބައިމީހުން ރޭގަނޑު ތެދުވެ އަޅުކަން ކުރައްވާ މިންވަރު އެކަލާނގެ ރަނގަޅަށް ދެނެވޮޑިގެންވެއެވެ.) އަދި ރޭގަޑާއި ދުވާލުގެ ވަގުތުތައް عدد ކޮށް މިންވަރު ކުރުމަށް ކަލޭމެންނަށް ކުޅަދާނަވެގެން ނުވާނެކަންވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ނުވަތަ އެމިންވަރަށް ރޭގަޑު އަޅުކަން ކުރުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެންނުވާނެކަންވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. - ފަހެ އެހެންވެ އެކަލާނގެ ތިޔަބައިމީހުންނަށް عَفوء ކުރައްވައި ލުއިކޮށްދެއްވައިފިއެވެ. (އެމިންވަރަށް ރޭއަޅުކަން ކުރުމަށް ބުރަވެއްޖެ ހިދެއްގައި އެކަން ލުއިކޮށްލުމުން ތިޔަބައިމީހުންނަކަށް ކުށެއްނެތެވެ. -ކުރީއޮތް އެބުރަކަމުން ލުޔަކަށް އެކަލާނގެ ބަދަލުކޮށްދެއްވިއެވެ.) ފަހެ قُرْآنން ކަލޭމެންނަށް ފަސޭހަމިންވަރެއް އަދި ފަސޭހަތަނެއް (ދަމު ނަމާދުގައިވެސް އަދި އެހެނިހެން ނަމާދުގައިވެސް) ކިޔަވާށެވެ. (ފަހެ إسلام دين ގެ ކުރީކޮޅުގައި ދަމު ނަމާދު واجب އަކަށްވެފައި އޮތުމަށްފަހު އެ ޙުކުމް ސުންނަތަކަށް ބަދަލުކުރެއްވީ މިއާޔަތުންނެވެ. އަދި صحّ حديث ން ވެސްމެއެވެ.) ތިޔަބައިމީހުންގެ ތެރޭގައި ބަލި މީހުންވެސް ތިބޭނެކަމާއި އަދި އެއްބަޔަކު ރިޒުޤު ހޯދުމަށްޓަކައި ދުވާލުގެ ވަގުތުތަކުގައި ބިމުގައި ދަތުރުފަތުރު ކުރާނޭކަމާއި އަދި އަނެއްބަޔަކުﷲ ގެމަގުގައި ހަނގުރާމަކުރާނޭކަމާއި މިމިކަންކަން ﷲދެނެވޮޑިގެންވެއެވެ. (އެމީސްމީހުންނަށް ރޭއަޅުކަން އެމިންވަރަށް ގެންދިއުންދަތިވާނެކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ.)\nފަހެ އެހުރިހާކަމަކަށްޓަކައި އެ قُرْآنން ކަލޭމެންނަށް ފަސޭހަމިންވަރެއް އަދި ފަސޭހަތަނެއް ކިޔަވާށެވެ. (މިބަސްފުޅުން މުރާދުކުރެވެނީ ކުޅަދާނަވާމިންވަރަށް ރޭއަޅުކަން ކުރުމެވެ.) ދެންކަލޭމެން فَرْضُ ނަމާދު ޤާއިމުކުރާށެވެ. އަދި ޒަކާތްދޭށެވެ. އަދި ﷲއަށް ރަނގަޅު ދަރަނިދެށެވެ. އެބަހީ ﷲގެމަގުގައި ހޭދަކުރާށެވެ. ފަހެ ހެޔޮކަމުގެތެރެއިން ކަލޭމެންއިސްކުރިކަމެއް އަދި ހޭދަކުރި صَدَقَة އެއް އަދިހެޔޮ ކޮންމެޢަމަލެއްވިޔަސް އެއެއްޗެއްގެދަރުމަޔާ ސަވާބު ﷲ ގެ حَضْرَةُ ގައި މާބޮޑުވެގެންވަނިކޮށް ކަލޭމެން ދެކޭނެއެވެ. އަދިފާފަފުއްސެވުމަށްއެދި ކަލޭމެން ﷲ ގެ حَضْرَةُ ގައި ދަންނަވާށެވެ! ހަމަކަށަވަރުން ﷲއީ ގިނަގިނައިން ފާފަފުއްސަވާ އަދި رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  262. Surah Al-MuddaththirBegins here at 74:1

  263. 74:1

    يَـٰٓأَيُّهَا ٱلْمُدَّثِّرُ

    Yaaaʹayyuhal Muddas̤s̤ir!

    އޭ ފޮތި ތަކުން ނިވައިވެގެންވާ ކަލޭގެފާނެވެ. (އޭ محمد ގެފާނެވެ.)

  264. 74:2

    قُمْ فَأَنذِرْ

    Q̣um faʹañẓir!

    ތެދުވެވަޑައިގެން إنذار ކުރައްވާށެވެ. (مكة ގެ މީހުން إسلام ނުވިނަމަ ހުރި عذاب ގެ ވާހަކައިން އެމީހުން ބިރުގަންނަވައި އިންޒާރުކުރައްވާށެވެ.)

  265. 74:3

    وَرَبَّكَ فَكَبِّرْ

    Wa-Rabbaka fakabbir!

    އަދި ކަލޭގެފާނުންގެ ربّ ގެ މާތްކަމާއި كِبْرِيَا ވަންތަކަމާއި ހައިބަވަންތަކަން ދެނެވަޑައިގެން އެކަލާނގެ މާތްކުރައްވާ شرك ން طاهر ވެ ވޮޑިގެންވާކަން ބަޔާންކުރައްވާށެވެ.

  266. 74:4

    وَثِيَابَكَ فَطَهِّرْ

    Wa-s̤iyaabaka faṭahhir!

    އަދި ކަލޭގެފާނުންގެ ފޭރާންކޮޅު ރަނގަޅަށް طاهر ކުރައްވާށެވެ.

  267. 74:5

    وَٱلرُّجْزَ فَٱهْجُرْ

    Warrujza fahjur!

    އަދި ބުދަށް އަޅުކަން ކުރެއްވުމުން ދުރުވެވަޑައިގަންނަވާށެވެ. ބުދުތަކާ ގާތްވެވަޑައިނުގަންނަވާށެވެ. ނުވަތަ ފާފަތަކާއި މުޅިން ދުރުވެވަޑައިގަންނަވާށެވެ.

  268. 74:6

    وَلَا تَمْنُن تَسْتَكْثِرُ

    Wa-laa tamnuñ tastaks̤ir.

    އަދި ކަލޭގެފާނުގެ ربّ އަށް ކުރެވޭ އަޅުކަމާއި ކިޔަމަންތެރިކަން އެއްގޮތަކަށްވެސް ގިނަކަމުގައި ދެކެވަޑައި ނުގަންނަވާށެވެ

  269. 74:7

    وَلِرَبِّكَ فَٱصْبِرْ

    Wa-li-Rabbika faṣbir!

    އަދި ކަލޭގެފާނުންގެ ربّ އަށްޓަކައި، އަދި އެކަލާނގެ حضرة ގައިވާ ثوابއާއި ދަރުމައަށްޓަކައި ކެތްތެރިވެވަޑައިގަންނަވާށެވެ.

  270. 74:8

    فَإِذَا نُقِرَ فِى ٱلنَّاقُورِ

    Faʹiẓaa nuq̣ira fin naaq̣oor.

    ދެންފަހެ ތާޅަފިލި ފުމެލެވިއްޖެއްޔާ (ދެންވާގޮތް ބައްލަވާށެވެ.)

  271. 74:9

    فَذَٰلِكَ يَوْمَئِذٍ يَوْمٌ عَسِيرٌ

    Faẓaalika Yawmaʹiẓiñy Yawmun ʻAseer,―

    ފަހެ އެދުވަހަކީ ދަތި އަދި އުދަގޫވެގެންވާ ދުވަހެކެވެ.

  272. 74:10

    عَلَى ٱلْكَـٰفِرِينَ غَيْرُ يَسِيرٍ

    ʻAlal kaafireena g̣ayru yaseer.

    ކާފަރުވެއްޖެ މީސްތަކުންނަށް ފަސޭހަނޫން ދުވަހެކެވެ.

  273. 74:11

    ذَرْنِى وَمَنْ خَلَقْتُ وَحِيدًا

    Ẓarnee wa-man khalaq̣tu wa-ḥeedaa!―

    (އެއްވެސް މުދަލެއް ދަރިއެއް އަދި އެކެއްޗެއްވެސް ނުވާހާލު) ހަމަ އެކަނި فَرْد އެއް ކަމުގައިވާ حال ތިމަން ރަސްކަލާނގެ އެހެއްދެވި މީހާ ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ. (ކަލޭގެފާނުންގެ ފަރާތުން އޭނާގެ ކަންތައް ތިމަންރަސްކަލާނގެ ނިންމާ ހުށީމެވެ.)

  274. 74:12

    وَجَعَلْتُ لَهُۥ مَالًا مَّمْدُودًا

    Wa-jaʻaltu lahoo maalam mamdoodaa,

    (އަދި އޭނާ ހަމަ އެކަނިމާއެކަނި حال ގައި ހެއްދެވުމަށްފަހު) ދެން ތިމަންރަސްކަލާނގެ އޭނާއަށް ކެޑިގެން ނުދާނެ ގިނަ މުދާ ލެއްވީމެވެ.

  275. 74:13

    وَبَنِينَ شُهُودًا

    Wa-baneena shuhoodaa!―

    އަދި ކައިރީގައި حَاضِرُ ވެތިބޭނޭދަރިންތަކެއްވެސް ދެއްވީމެވެ.

  276. 74:14

    وَمَهَّدتُّ لَهُۥ تَمْهِيدًا

    Wa-mahhattu lahoo tamheedaa!

    އަދި ތިމަންރަސްކަލާނގެ އެނާއަށް ތަނަވަސް ދިރިއުޅުމާއި ރިޔާސަތު ފަހިކޮށްދެއްވީމެވެ.

  277. 74:15

    ثُمَّ يَطْمَعُ أَنْ أَزِيدَ

    S̤umma yaṭ-maʻu ʹan ʹazeed;―

    ދެން އަދިވެސް އޭނާ އެ ދަހިވެތިވަނީ އެތަކެތި އިތުރުކޮށް ދެއްވުމަށެވެ. ދަންނައެވެ. މިއާޔަތްތަކުގައި މިބަޔާންކުރައްވަނީ އޭރު މައްކާގައި ނަގާކިޔަންއުޅޭ ބޮޑެތިމީހުންގެތެރެއިން އެކަކު ކަމުގައިވާ الوَلِيْدُ بنُ المُغِيرَة ކަމުގައި ވިއެވެ. والله أعلم.

  278. 74:16

    كَلَّآ ۖ إِنَّهُۥ كَانَ لِـَٔايَـٰتِنَا عَنِيدًا

    Kallaa! ʹinnahoo kaana liʹAayaatinaa ʻaneedaa!

    އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. (އޭނާއަށް ތިމަންރަސްކަލާނގެ އިތުރުނުކޮށްދޭހުރީމެވެ.) ހަމަކަށަވަރުން އެނާވީ ތިމަންރަސްކަލާނގެ އާޔަތްތަކަށް ދިމާ އިދިކޮޅު މީހަކުކަމުގައެވެ.

  279. 74:17

    سَأُرْهِقُهُۥ صَعُودًا

    Saʹurhiq̣uhoo ṣaʻoodaa!

    ނިކަންހުރެ ތިމަންރަސްކަލާނގެ އެނާއަށްބުރަޢަޒާބެއް ޖައްސަވާހުރީމެވެ. އެއީ ނަރަކައިގާވާ އޮމާންފަރުބަދައަކަށް އެރުމުގެޢަޒާބެވެ.

  280. 74:18

    إِنَّهُۥ فَكَّرَ وَقَدَّرَ

    ʹInnahoo fakkara wa-q̣addar;―

    ހަމަކަށަވަރުން رَسُولُ الله ﷺ އާއީ އެކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗާއިމެދު އައިބުކިޔާ ފާޑުކިއުމަށް އެނާ ވިސްނިއެވެ. އަދިބުނާނެ އެއްޗަކާއިމެދު ރާވައި ހެދިއެވެ.

  281. 74:19

    فَقُتِلَ كَيْفَ قَدَّرَ

    Faq̣utila kayfa q̣addar!―

    ދެންފަހެ އޭނާއަށް لَعْنَة ލެއްވިއްޖެއެވެ. އޭނާ މިންވަރުކޮށް ރާވާހަދަނީ ކޮންފަދައަކުން ހެއްޔެވެ.

  282. 74:20

    ثُمَّ قُتِلَ كَيْفَ قَدَّرَ

    S̤umma q̣utila kayfa q̣addar!―

    ދެންވެސް އޭނާއަށް لَعْنَة ލެއްވިއްޖެއެވެ. އޭނާ މިންވަރުކޮށް ރާވާހަދަނީ ކޮންފަދައަކުން ހެއްޔެވެ؟

  283. 74:21

    ثُمَّ نَظَرَ

    S̤umma naz̤̣ar;

    ދެންއޭނާ قُرَآنُ ގެ އިދިކޮޅުގައި ބުނާނެއެއްޗަކާއިމެދު ވިސްނާ ފިކުރުކޮށް ހެދިއެވެ.

  284. 74:22

    ثُمَّ عَبَسَ وَبَسَرَ

    S̤umma ʻabasa wa-basar;

    އަދި އެނާމޫނު ހުތުރުކޮށް މޫނަށްރޫއަރުވައި މޫނު ހަޑިކޮށްހެދިއެވެ. (އެއީ قُرَآنُ އާއިމެދު ބުނާނެއެއްޗެއް ނުވިސްނުނީމާ އެކަމާ ރުޅިއައިސްގެންނެވެ.)

  285. 74:23

    ثُمَّ أَدْبَرَ وَٱسْتَكْبَرَ

    S̤umma ʹadbara wastakbar;

    ދެން އޭނާ حَقُّ އަށްފުރަގަސްދީ ބޮޑާވެގަތެވެ. އަދި އޭނާ އޭނާގެ އަންހެނުންގާތަށް ބޮޑާވެގެން ދިޔައެވެ.

  286. 74:24

    فَقَالَ إِنْ هَـٰذَآ إِلَّا سِحْرٌ يُؤْثَرُ

    Faq̣aala ʹin haaẓaaa ʹillaa siḥruñy yuʹs̤ar;

    ދެން އޭނާބުނީ މި قُرَآنُ އަކީ އިހުގެމީހުންގެ ފަރާތުން ނަޤުލުވެގެން އައިސްފައިވާ ސިޙުރެއްކަމުގައެވެ.

  287. 74:25

    إِنْ هَـٰذَآ إِلَّا قَوْلُ ٱلْبَشَرِ

    ʹIn haaẓaaa ʹillaa q̣awlul bashar!

    އަދި އޭނާބުނީ މި قُرَآنُ އަކީ އާދަމުގެދަރިއެއްގެ ބަސްކަމުގައިމެނުވީ ނުވެއެވެ. އަދި މިއީ ﷲ ބާވާތްލެއްވި އެއްޗެއްކަމުގައި ނުވެއެވެ.

  288. 74:26

    سَأُصْلِيهِ سَقَرَ

    Saʹuṣleehi Saq̣ar!

    ﷲ އެއަންގަވަނީ، ނިކަންހުރެ سَقَرُ އެވެ ކިއުނުނަރަކައަށް ތިމަންރަސްކަލާނގެ އޭނާ ވައްދާހުރީމެވެ.

  289. 74:27

    وَمَآ أَدْرَىٰكَ مَا سَقَرُ

    Wa-maaa ʹadraaka maa- saq̣ar?

    އަދި سَقَرُ އެވެ ކިއުނުނަރަކަ އަކީ ކޮންފަދަބިރުހުރި ތަނެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

  290. 74:28

    لَا تُبْقِى وَلَا تَذَرُ

    Laa- tubq̣ee wa-laa taẓar!―

    އެއީ ހަށިގަޑުގެއެންމެހައި ހަމާއި މަހާއި އަދި ކަށިވެސްދޫނުކޮށް އަންދާ ހަލާކުކޮށްލާ ނަރަކައެވެ.

  291. 74:29

    لَوَّاحَةٌ لِّلْبَشَرِ

    Lawwaaḥatul lilbashar!―

    އަދިމުޅި ހަށިގަޑު އަންދާކަޅުކޮ تَغَيَّرُ ކޮށްލާތަނެކެވެ. އަދި ޢަޒާބު އިތުރު ކުރެއްވުމަށްޓަކައި އަލުންވެސް ހަމާއިމަހާ ކައްޓާލެވި އަލުންވެސް އަންދައިލައެވެ. މިހެންވަމުންދާތަނެކެވެ. ޢަޒާބުގެ ކޮޅެއްނެތެވެ. މަރުވުމެއްނެތެވެ. ﷲ އަޅަމެން ނަރަކައިން ސަލާމަތްކުރައްވާށިއެވެ. އާމީން.....

  292. 74:30

    عَلَيْهَا تِسْعَةَ عَشَرَ

    ʻAlayhaa tisʻata ʻashar.

    އެތަން ބަލަހައްޓަވަން ގަދަފަދަމަލާއިކަތްބޭކަލުންގެ އޮނަވިހިބޭކަލުން ލައްވާފައިވެއެވެ.

  293. 74:31

    وَمَا جَعَلْنَآ أَصْحَـٰبَ ٱلنَّارِ إِلَّا مَلَـٰٓئِكَةً ۙ وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِّلَّذِينَ كَفَرُوا۟ لِيَسْتَيْقِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ وَيَزْدَادَ ٱلَّذِينَ ءَامَنُوٓا۟ إِيمَـٰنًا ۙ وَلَا يَرْتَابَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ وَٱلْمُؤْمِنُونَ ۙ وَلِيَقُولَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ وَٱلْكَـٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَـٰذَا مَثَلًا ۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ ۚ وَمَا هِىَ إِلَّا ذِكْرَىٰ لِلْبَشَرِ

    Wa-maa jaʻalnaaa ʹAṣḥaaban naari ʹillaa malaaaʹikatañw wa-maa jaʻalnaa ʻiddatahum ʹillaa fitnatal lillaẓeena kafaroo liyastayq̣inal laẓeena ʹootul Kitaaba wa-yazdaadal laẓeena ʹaamanooo ʹeemaanañw Walaa yartaabal laẓeena ʹootul Kitaaba wal-Muʹminoona wa-liyaq̣oolal laẓeena fee q̣uloobihim maraḍuñw walkaafiroona maaẓaaa ʹaraadal laahu bihaaẓaa mas̤alaa? Kaẓaalika yuḍillul laahu mañy yashaaaʹu wa-yahdee mañy yashaaaʹ. Wa-maa yaʻlamu junooda Rabbika ʹillaa Hoo. Wa-maa hiya ʹillaa ẓikraa lil-bashar.

    އަދިނަރަކަ ބަލަހައްޓަވާ ބޭކަލުންނަކީ މަލާއިކަތުންކަމުގައި މެނުވީ ތިމަންރަސްކަލާނގެ ނުލައްވަމެވެ. (އެބަހީ އެތަންބަލަހައްޓަވާ އަދި މީސްތަކުންނަށް ޢަޒާބުދެއްވުމަށް ތިމަންރަސްކަލާނގެ ހަމަޖެއްސެވީ މަލާއިކަތްބޭކަލުންނެވެ.) އަދި އެބޭކަލުންގެ ޢަދަދު އެއީ ވަކި ޢަދަދެއްކަމުގައި ތިމަންރަސްކަލާނގެ ކަނޑައަޅުއްވާފައިއެވަނީ ކާފަރުވީ މީސްތަކުންނަށް ފިތުނައެއްކަމުގައި ނުވަތަ މަގުފުރެދުމެއްކަމުގައި ނުވަތަ ޢަޒާބެއްކަމުގައްޔާއި އަދިއެއީ يَهُودِي އިންނާއި نَصَارَى އިން (مُحَمَّد ގެފާނުންގެ ނަބީކަން ތެދުކަމާއިމެދު ޔަޤީންކުމަށްޓަކައެވެ. މިހެނީ މަލާއިކަތްބޭކަލުންގެ ޢަދަދު އެމީހުންގެފޮތުގައިވެސްވަނީ ހަމަ قُرَآنُ ގައިވާ ވަރަށެވެ. އަދި އީމާންވީމީހުންގެ އީމާންކަން އިތުރުވުމަށްޓަކައެވެ. މިހެނީ އެބޭކަލުންގެ ޢަދަދު އެމީހުންގެފޮތާއި قُرَآنُ އާއި އެއްގޮތްވުމުން އީމާންވާމީހުންގެ އީމާންކަން އިތުރުވާނެއެވެ. އަދިއެގޮތަށް އެކަންލެއްވީ يَهُودِي އިންނާއި نَصَارَى އިންނާއި އަދިމުއުމިނުން އެކަމާއިމެދު ޝައްކު ނުކުރުމަށްޓަކައެވެ. އަދިއެއީ ކާފަރުންނާއި އަދި އެމީހުންގެ ހިތްތަކުގައި ޝައްކާ ނިފާޤު ކަމުގެ ބަލިހުރިމީހުން މިފަދައިން ބުނުމަށްޓަކައެވެ. " މިޢަދަދުން ނުވަތަ މިވާހަކައިން ﷲ އެދިވޮޑިގަންނަވަނީ ދެން ކޮންކަމެއްބާވައެވެ. ކޮން މުރާދެއްބާވައެވެ؟ " މިފަދައިން އެމީހުން ބުނުމަށްޓަކައެވެ. ދަންނައެވެ. ﷲ އެމީހަކު މަގުފުރެއްދެވުމަށް އެދިވޮޑިގެންނެވި އަޅަކު އެކަލާނގެ އެއަޅަކު މަގުފުރައްދަވައެވެ. އަދި ތެދުމަގުދެއްކެވުމަށް އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ ތެދުމަގު ދައްކަވަނީއެފަދައިންނެވެ. (އޭ رَسُولُ الله އެވެ!) ކަލޭގެފާނުންގެ رَبُّ ގެސިފައިންގެ ޢަދަދު ނުވަތަ އެކަލާނގެ ޚަލްޤުތަކުންގެ ޢަދަދު ނުވަތަ ނަރަކައިގެ ކަންތަކާއި ޙަވާލުކުރައްވާފައިވާބޭކަލުންގެ ޢަދަދު ހަމައެކަނި އެކަލާނގެއަށްމެނުވީ އެގިގެންނުވެއެވެ. އަދި އެނަރަކައިގެވާހަކަ އަކީ އާދަމުގެދަރިންނަށްވާ نَصِيْحَةއާއި وَعْظُ އެއްގެ ގޮތުންކަމުގައި މެނުވީނުވެއެވެ. އެއީ އެއިން އެމީހުން عِبْرَة حَاصِلُ ކުރުމަށްޓަކައެވެ.

  294. 74:32

    كَلَّا وَٱلْقَمَرِ

    Kallaa wal-Q̣amar,

    އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. ހަނދު ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.

  295. 74:33

    وَٱلَّيْلِ إِذْ أَدْبَرَ

    Wallayli ʹiẓ ʹadbar,

    އަދި ފުރަގަސްދޭ ރޭގަޑު ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.

  296. 74:34

    وَٱلصُّبْحِ إِذَآ أَسْفَرَ

    Waṣ-Ṣubḥi ʹiẓaaa ʹasfar,―

    އަދިފަތިސް އަލިވެ ސާފުވެއްޖެއްޔާ ފަތިސްގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.

  297. 74:35

    إِنَّهَا لَإِحْدَى ٱلْكُبَرِ

    ʹInnahaa laʹiḥdal kubar,

    ހަމަކަށަވަރުން ސަޤަރު އެވެކިއުނު ނަރަކައަކީ ބޮޑުވެގެންވާ ބަލާ مُصِيْبَة ގެތެރެއިންވާބޮޑު ބަލާ مُصِيْبَة އެކެވެ. (ކާފަރުން އެހީކުރާފަދައަކުން ނުވެއެވެ.)

  298. 74:36

    نَذِيرًا لِّلْبَشَرِ

    Naẓeeral lilbashar,―

    އެނަރަކައިގެ عَذَابُ އަކީ އާދަމުގެދަރިންނަށްވާބޮޑުބިރުވެރިކަމެކެވެ.

  299. 74:37

    لِمَن شَآءَ مِنكُمْ أَن يَتَقَدَّمَ أَوْ يَتَأَخَّرَ

    Limañ shaaaʹa miñkum ʹañy yataq̣addama ʹaw yataʹakhkhar;

    އެއީ ކަލޭމެންގެތެރެއިން ކިޔަމަންތެރިކަމުގައި ކުރިއަރައިދާންއެދޭމީހާ ކުރިއަރައި ދިއުމަށާއި އަދި ނުވަތަ ކާފަރުވެގެން ކިޔަމަންތެރިކަމުގައި ފަސްޖެހެން ޚިޔާލުކުރާމީހަކު ފަސްޖެހުމަށެވެ.

  300. 74:38

    كُلُّ نَفْسٍۭ بِمَا كَسَبَتْ رَهِينَةٌ

    Kullu nafsim bimaa kasabat raheenah,

    ކޮންމެނަފުސެއްވެސް قِيَامَة ދުވަހުންވާނީ އެނަފުސެއްކުރި ޢަމަލަކާއި އެކުގައެވެ. އެޢަމަލަކުން އެމީހަކު ހިފެވިގެންނެވެ.

  301. 74:39

    إِلَّآ أَصْحَـٰبَ ٱلْيَمِينِ

    ʹIllaaa ʹAṣḥaabal yameen.

    ކަނާއަތް ފަރާތުގެ އެކުވެރިން މެނުވީއެވެ. (އެމީހުންކުރި ހެޔޮ ޢަމަލުގެ ސަބަބުން ވާނީ ދޫކޮށްލެވިފައެވެ.)

  302. 74:40

    فِى جَنَّـٰتٍ يَتَسَآءَلُونَ

    Fee Jannaatiñy yatasaaaʹaloon

    އެމީހުން ސުވަރުގޭގައި ތިބެގެން ސުވާލުކުރާނެއެވެ.

  303. 74:41

    عَنِ ٱلْمُجْرِمِينَ

    ʻAnil mujrimeen:

    އެމީހުން ސުވަރުގޭގައި ތިބެގެން مُجْرِم ންނާ މެދު ސުވާލުކުރާނެއެވެ. އެމީހުންނާ މުޚާތަބުކޮށް އަހާނެއެވެ.

  304. 74:42

    مَا سَلَكَكُمْ فِى سَقَرَ

    Maa- salakakum fee Saq̣ar?

    ކަލޭމެން ނަރަކައަށް ވަންނަންޖެހުނީ ކޮންކަމަކާ ހުރެހެއްޔެވެ؟

  305. 74:43

    قَالُوا۟ لَمْ نَكُ مِنَ ٱلْمُصَلِّينَ

    Q̣aaloo lam naku minal Muṣalleen;

    އެމީހުން ބުނާނެއެވެ. އަހުރެމެން ނަމާދު ކުރި މީހުންގެ ތެރެއިން ނުވީމުއެވެ.

  306. 74:44

    وَلَمْ نَكُ نُطْعِمُ ٱلْمِسْكِينَ

    Wa-lam naku nuṭʻimul miskeen;

    އަދި މިސްކީނުންނަށް ކާންދިންމީހުންގެ ތެރެއިންވެސް އަހުރެމެން ނުވީމުއެވެ. އެބަހީ زَكَاة ދީ صَدَقَاة ދީ ހެދި މީހުންގެ ތެރެއިން ނުވީމުއެވެ.

  307. 74:45

    وَكُنَّا نَخُوضُ مَعَ ٱلْخَآئِضِينَ

    Wa-kunnaa nakhooḍu maʻal khaaaʹiḍeen;

    އަދި އަހުރެމެން އުޅުނީ بَاطِل ކަންތައްތަށް ކުރާމީހުންގެ ތެރެއަށް ވަދެ އެމީހުންނާ އެކުގައެވެ.

  308. 74:46

    وَكُنَّا نُكَذِّبُ بِيَوْمِ ٱلدِّينِ

    Wa-kunnaa nukaẓẓibu bi-Yawmid Deen

    އަދި އަހުރެންވީ މި ޙިސާބު ބައްލަވާ ޖަޒާދެއްވާ މި ޤިޔާމަތްދުވަސް ދޮގުކުރާމީހުން ކަމުގައެވެ.

  309. 74:47

    حَتَّىٰٓ أَتَىٰنَا ٱلْيَقِينُ

    Ḥattaaa ʹataanal yaq̣een.

    އަހުރެމެން މަރުވެއްޖެއުމަށް ދާންދެންވެސް އުޅެވުނުކަމުގައިވީ އެގޮތަށެވެ.

  310. 74:48

    فَمَا تَنفَعُهُمْ شَفَـٰعَةُ ٱلشَّـٰفِعِينَ

    Famaa tañfaʻuhum shafaaʻatush shaafiʻeen.

    شَفَاعَة ތެރިވާމީހުންގެ شَفَاعَة އަކުން އެމީހުންނަކަށް އެއްވެސް منفع އެއް ނުކުރާނެއެވެ. (އެމީހުންނަކީ އެކަމުގެ أهل ވެރިންކަމުގައިނުވެއެވެ.)

  311. 74:49

    فَمَا لَهُمْ عَنِ ٱلتَّذْكِرَةِ مُعْرِضِينَ

    Famaa lahum ʻanit taẓkirati muʻriḍeen,

    އަދި އެމީހުން قرآنގެ (وعظ އާއި نصيحةން) އެނބުރި އެއަށް ފުރަގަސް ދޭންވީ ކީއްވެގެނެހެއްޔެވެ؟

  312. 74:50

    كَأَنَّهُمْ حُمُرٌ مُّسْتَنفِرَةٌ

    Kaʹannahum ḥumurum mustañfirah,

    އެމީހުން ކޮންފަދަ ހެއްޔެވެ؟ ސިހިގެން ފިލައިގެންދާ وحشى حمار ތަކެއް ފަދައެވެ. (قرآن ގެ އަޑު އިވުނީމާ އެމީހުން އެއަށްނުރުހި ރުޅިއަރައިގަނެގެން ފުރަގަސް ދެނީއެފަދައިންނެވެ.

  313. 74:51

    فَرَّتْ مِن قَسْوَرَةٍۭ

    Farrat miñ q̣aswarah!

    ފުރަގަސް ދީފައި ދާއިރު وحشى حمار ތަކެއް ދުނިޖަހާ މީހަކު ދެކެފައި ނުވަތަ ސިންގާއެއް ފެނުނީމާ ބިރުންދާ ފަދައިން ދުވެ ރައްކާވެދެއެފަދައިންނެވެ.

  314. 74:52

    بَلْ يُرِيدُ كُلُّ ٱمْرِئٍ مِّنْهُمْ أَن يُؤْتَىٰ صُحُفًا مُّنَشَّرَةً

    Bal yureedu kullum riʹim minhum ʹañy yuʹtaa ṣuḥufam munashsharah!

    އަދި ކިއެއްހެއްޔެވެ؟ އެމީހުންކުރެ ކޮންމެ މީހަކުވެސް އެދެނީ ހުޅުވާލެވި ފެތުރިފައިވާ ފަތްފުށްތަކެއް އެއިން ކޮންމެ މީހަކަށް ވެސްދެވުމަށެވެ. (رَسُولُ الله ﷺ އެއިން ކޮންމީހަކަށް ﷲ ގެ حَضْرَة ން ވަކިފޮތެއް ގެނަސްދެއްވުމަށެވެ.)

  315. 74:53

    كَلَّا ۖ بَل لَّا يَخَافُونَ ٱلْـَٔاخِرَةَ

    Kaallaa! Bal laa- yakhaafoonal ʹAakhirah.

    އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުން އާޚިރަތްދުވަހަށް ބިރުވެތި ނުވަނީއެވެ.

  316. 74:54

    كَلَّآ إِنَّهُۥ تَذْكِرَةٌ

    Kallaaa ʹinnahoo taẓkirah:

    އެ قرآن އެއީ އެއްގޮތަކަށްވެސް އެމީހުން އެހީކުރާކަހަލަ ސިޙުރެއް - ފުލޯކުވާހަކައެއް - ޅެމެއް - ކަހީނުންގެ ވާހަކައެއް - އަދި ދޮގެއްވެސް ނޫނެވެ. އަދި ކިއެއް ހެއްޔެވެ؟ އެއީ وعظ އާއި نصيحة އެކެވެ. އިރުޝާދާއި ތެދުމަގެވެ.

  317. 74:55

    فَمَن شَآءَ ذَكَرَهُۥ

    Famañ shaaaʹa ẓakarah!

    ފަހެ އެދޭ މީހަކު އެ قرآن ން وعظ އާއި نصيحة އާއި އިރުޝާދާއި ތެދުމަގު ލިބިގަންނާށެވެ.

  318. 74:56

    وَمَا يَذْكُرُونَ إِلَّآ أَن يَشَآءَ ٱللَّهُ ۚ هُوَ أَهْلُ ٱلتَّقْوَىٰ وَأَهْلُ ٱلْمَغْفِرَةِ

    Wa-maa yaẓkuroona ʹillaaa ʹañy yashaaaʹal laah: Huwa ʹAhlut taq̣waa wa-ʹAhlul Mag̣firah.

    އަދި الله އިރާދަކުރެއްވިއްޔާމެނުވީ އެ قرآن ން وعظ އާއި نصيحة އާއި އިރުޝާދާއި ތެދުމަގު ލިބިނުގަންނާނެއެވެ. އެކަލާނގެއީ އެފަރާތަށް تَقْوَى ވެރިވާންވީ ފަރާތެވެ. އެކަމުގެ އަހުލުވެރި ފަރާތެވެ. އަދި ފާފަފުއްސަވައިދެއްވުމުގެވެސް އަހުލުވެރާފަރާތެވެ.

  319. Surah Al-QiyamahBegins here at 75:1

  320. 75:1

    لَآ أُقْسِمُ بِيَوْمِ ٱلْقِيَـٰمَةِ

    Laaa ʹuq̣simu bi-Yawmil Q̣iyaamah;

    قِيَامة ދުވަސް ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި ވަޙީ ކުރައްވައެވެ.

  321. 75:2

    وَلَآ أُقْسِمُ بِٱلنَّفْسِ ٱللَّوَّامَةِ

    Wa-laaa ʹuq̣simu bin-nafsil lawwaamah.

    އަދި މަލާމާތްކުރާ (ނުވަތަ މަލާމާތް ލިބިގެންވާ) ނަފްސު ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި ވަޙީ ކުރައްވަމެވެ.

  322. 75:3

    أَيَحْسَبُ ٱلْإِنسَـٰنُ أَلَّن نَّجْمَعَ عِظَامَهُۥ

    ʹAyaḥsabul ʹiñsaanu ʹal-lan najmaʻa ʻiz̤̣aamah?

    އިންސާނާގެ ކަށިތަށް ތިމަންރަސްކަލާނގެ (ޤިޔާމަތް ދުވަހުން) ޖަމަޢަ ނުކުރައްވާނޭކަމަށް އޭނާ ހީކުރަނީ ހެއްޔެވެ؟ (ނުވަތަ އެކަށިތަށް ޖަމަޢަ ކުރަން ތިމަންރަސްކަލާނގެއަށް ކުޅަދާނަ ވެގެން ނުވާނޭ ކަމަށް އޭނާ ހީކުރަނީ ހެއްޔެވެ؟)

  323. 75:4

    بَلَىٰ قَـٰدِرِينَ عَلَىٰٓ أَن نُّسَوِّىَ بَنَانَهُۥ

    Ballaa Q̣aadireena ʻalaaa ʹan nusawwiya banaanah.

    އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އަދި ކިޔެއްހެއްޔެވެ؟ އޭނާގެ އިނގިލިތައް ޖަމަލާއި ޙިމާރުގެ މޮށްގަނޑު ފަދައިން އިނގިލިތައް ވަކިނުވާގޮތަށް އެކަތިގަނޑަކަށް ހައްދަވައިލުމަށްވެސް ތިމަންރަސްކަލާނގެއަށް ކުޅަދާނަވެގެންވެއެވެ. (އަދި އެހެން ހެއްދެވިނަމަ އިނގިލިތަކުން ކުރާ ކުދިކަވިމަސައްކަތްތައް ނުކުރެވުނީހެވެ.) އަދިކިއެއްތޯއެވެ؟ އޭނާގެ އިނގިލިތަކުގެ ކޮޅުތައްވެސް ބަރާބަރުކޮށް ހަމަހަމަކޮށްލުމަށްވެސް ކުޅަދުންވަންތަވެވޮޑިގެންވަމެވެ. ފަހެ އިސްވެދިޔައެއްވެސް މިސާލަކާއިނުލައި އެހާފުރިހަމަކޮށް އެހާރީތިކޮށް އިނގިލިތައްވެސް ހެއްދެވި ﷲ އަށް ދެވަނަފަހަރު އެކަށިކޮޅުތައް އަނބުރާ އިޢާދަ ކުރެއްވުން ދަތި ނުވާނޭކަން ސަލާމަތުންހުރި ކޮންމެ ބުއްދިއަކަށް އެނގޭނެއެވެ.

  324. 75:5

    بَلْ يُرِيدُ ٱلْإِنسَـٰنُ لِيَفْجُرَ أَمَامَهُۥ

    Bal yureedul ʹIñsaanu liyafjura ʹamaamah.

    އަދިކިއެއްތޯއެވެ؟ އިންސާނާއެދެނީ އޭނާގެ ޢުމުރުގައި ބާކީއޮތްތާގައިވެސް ފާފަކުރުމަށެވެ. ތައުބާވުން ލަސްކުރުމަށެވެ.

  325. 75:6

    يَسْـَٔلُ أَيَّانَ يَوْمُ ٱلْقِيَـٰمَةِ

    Yasʹalu ʹayyaana Yawmul Q̣IYAAMAH?

    އަދިމަލާމާތުގެގޮތުން އޭނާއަހައި ސުވާލުކުރެއެވެ. ޤިޔާމަތްދުވަސްދެން އަންނާނީ ކޮންއިރަކުން ހެއްޔެވެ؟ (މިސުވާލުގެ ޖަވާބު އެކަލާނގެ ދެއްވަނީ މިފަދައިންނެވެ.)

  326. 75:7

    فَإِذَا بَرِقَ ٱلْبَصَرُ

    Faʹiẓaa bariq̣al baṣar,

    އެއީ ސިހިގެންގޮސް ކަންބޮޑުވެ ލޯތައް ޙައިރާން ވެއްޖެއްޔާއެވެ.

  327. 75:8

    وَخَسَفَ ٱلْقَمَرُ

    Wa-khasafal Q̣amar.

    އަދި ހަނދުގެ އަލިކަންގޮސް ކޭތަހިފައިފިއްޔާއެވެ.

  328. 75:9

    وَجُمِعَ ٱلشَّمْسُ وَٱلْقَمَرُ

    Wa-jumiʻash shamsu wal-q̣amar,―

    އަދި އިރާއި ހަނދު އެއްވެ ޖަމާވެއްޖެއްޔާއެވެ.

  329. 75:10

    يَقُولُ ٱلْإِنسَـٰنُ يَوْمَئِذٍ أَيْنَ ٱلْمَفَرُّ

    Yaq̣oolul ʹiñsaanu Yaw-maʹiẓin ʹaynal mafarr?

    އަދި އިންސާނާ އެދުވަހުންބުނާނެއެވެ. ސަލާމަތްވާން ފިލަންދާނެ ތަނަކީ ކޮބައިބާވައެވެ؟ (ދަންނައެވެ. މިއީ ހައްތާވެސް ޤިޔާމަތްވާވަޤުތު ހާމަވާނެ އެކިއެކި ކަންކަމެވެ.)

  330. 75:11

    كَلَّا لَا وَزَرَ

    Kallaa laa- wazar!

    އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އެދުވަހުން އޭނާ ސަލާމަތްވާންދާނެ އެއްވެސްއެހެންތަނެއްނުވާވާނެއެވެ.

  331. 75:12

    إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمُسْتَقَرُّ

    ʹIlaa Rabbika Yawmaʹiẓinil mustaq̣arr.

    ހަމައެކަނި ޤަރާރުވެ ހަމަޖެހޭނެތަނަކީ ކަލޭގެފާނުންގެ رَبُّ ގެ حَضْرَة އެވެ. އެހެންތަނެއް އެދުވަހަކުންނުވެއެވެ.

  332. 75:13

    يُنَبَّؤُا۟ ٱلْإِنسَـٰنُ يَوْمَئِذٍۭ بِمَا قَدَّمَ وَأَخَّرَ

    Yunabbaʹul ʹiñsaanu Yawmaʹiẓim bimaa q̣addama wa-ʹakhkhar.

    އަދި އެދުވަހުން އެއިންސާނާއަށް އޭނާ އިސްކުރި ކަމަކާއި ފަސްކުރި ކަމެއްގެ خبر އެންގޭނެއެވެ. އޭނާ ކުރި ހެޔޮ ކަމަކާއި އަދި ކުރި ނުބައި ކަމެއް ސާފުކޮށް އެންގެވޭނެއެވެ.

  333. 75:14

    بَلِ ٱلْإِنسَـٰنُ عَلَىٰ نَفْسِهِۦ بَصِيرَةٌ

    Balil ʹiñsaanu ʻalaa nafsihee baṣeerah,

    އަދި ކިއެއްހެއްޔެވެ؟ خُود އިންސާނާއީ އޭނާގެ نفس ގެމައްޗަށްވާ ދަލީލެކެވެ. ހެކިދޭނޭހެކިވެރިއެކެވެ. (އެބަހީ އިންސާނާގެ ހަށިގަނޑުގެ ގުނަވަންތައް އެދުވަހުން އޭނާ إقرار ވިޔަސް އަދި ނުވަތަ ނުވިޔަސް ހުރިހާ ކަމަކަށް ސާފުކޮށް ހެކިދޭނެއެވެ.)

  334. 75:15

    وَلَوْ أَلْقَىٰ مَعَاذِيرَهُۥ

    Wa-law ʹalq̣aa maʻaaẓeerah.

    އަދި (އެކަމާމެދު) އޭނާ ކިތައްމެ عذر ދެއްކިނަމަވެސްމެއެވެ. (އެބަހީ އެއިންސާނާ ކިތައްމެ ވަރަކަށް އިންކާރުކޮށް عذر ތައްދެއްކި ނަމަވެސް އޭނާގެ ހަށިގަނޑުގެ ގުނަވަންތައް އޭނާ ކުރި عمل ތަކަށް ހެކިދޭނެއެވެ.)

  335. 75:16

    لَا تُحَرِّكْ بِهِۦ لِسَانَكَ لِتَعْجَلَ بِهِۦٓ

    Laa- tuḥarrik bihee lisaanaka litaʻjala bih.

    (އޭ رسول الله އެވެ!) ވަޙީ ބާވާތް ލެއްވޭވަޤުތު ހަނދުމަފުޅު ނެތިދާނެކަމަށް (އަވަސް އަވަހަށް ދަސްފުޅުކުރެއްވުމަށް) ކަލޭގެފާނުންގެ ދޫފުޅު ޙަރަކާތް ނުކުރައްވާށެވެ!

  336. 75:17

    إِنَّ عَلَيْنَا جَمْعَهُۥ وَقُرْءَانَهُۥ

    ʹInna ʻalaynaa jamʻahoo wa-q̣urʹaanah:

    ހަމަކަށަވަރުން ކަލޭގެފާނުންގެ ހިތްޕުޅުގައި އެ قُرْآن ޖަމާކޮށްދެއްވުމާއި އަދިކަލޭގެފާނުންގެ ހިތްޕުޅުގައި قُرْآن ސާބިތު ކޮށްދެއްވުމަކީ ތިމަންރަސްކަލާނގެއަށް އޮތްކަމެކެވެ.

  337. 75:18

    فَإِذَا قَرَأْنَـٰهُ فَٱتَّبِعْ قُرْءَانَهُۥ

    Faʹiẓaa q̣araʹnaahu fattabiʻ q̣ur-ʹaanah:

    ފަހެ جِبْرِيْل عليه السلام ގެދޫފުޅުން ތިމަންރަސްކަލާނގެ قُرْآن ގެބަސްފުޅު ބާވައިލައްވައިފިއްޔާ ފަހެ އެ قُرْآن އާއި ތަބަޢަ ވެވަޑައިގަންނަވާށެވެ. (އެގޮތަށް ކިޔަވާ ވިދާޅުވާށެވެ.)

  338. 75:19

    ثُمَّ إِنَّ عَلَيْنَا بَيَانَهُۥ

    S̤umma ʹinna ʻalaynaa bayaanah:

    ދެން އެ قُرْآن شَرَح ކޮށްދެއްވައި تَفْسِيْرُ ކޮށްދެއްވުމަކީ ހަމަ ތިމަންރަސްކަލާނގެއަށް އޮތްކަމެކެވެ.

  339. 75:20

    كَلَّا بَلْ تُحِبُّونَ ٱلْعَاجِلَةَ

    Kallaa bal tuḥibboonal ʻaajilah,―

    ކަންތައްހުރީ ކަލޭމެން ތިޔަހީކުރާގޮތަކަށްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެން މިއަވަސްވެގެންވާ ދުނިޔެއަށް ލޯބިކުރަނީއެވެ.

  340. 75:21

    وَتَذَرُونَ ٱلْـَٔاخِرَةَ

    Wa-taẓaroonal ʹAakhirah.

    އަދި ކަލޭމެން آخِرَة ދޫކުރަނީއެވެ.

  341. 75:22

    وُجُوهٌ يَوْمَئِذٍ نَّاضِرَةٌ

    Wujoohuñy Yawmaʹiẓin naaḍirah;―

    އަދި އެދުވަހުން ބައެއް މޫނުވާހުށީ އަލިވެ އުޖާލާވެ ތާޒާވެގެންނެވެ. (އެއީ މުއުމިނުންގެ މޫނުތަކެވެ.)

  342. 75:23

    إِلَىٰ رَبِّهَا نَاظِرَةٌ

    ʹIlaa Rabbihaa naaz̤̣irah;

    އަދި އެމޫނުތަކުގެވެރިން ތިބޭނީ އެބައިމީހުންގެ رَبُّ ގެމާތް وَجْهُ ފުޅަށް ބަލަބަލައެވެ.

  343. 75:24

    وَوُجُوهٌ يَوْمَئِذٍۭ بَاسِرَةٌ

    Wa-wujoohuñy Yawmaʹiẓim baasirah,

    އަދި އެދުވަހުން ބައެއްމޫނުތައް ވާހުށީ ހަޑިވެ ހުތުރުވެގެންނެވެ.

  344. 75:25

    تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌ

    Taz̤̣unnu ʹañy yufʻala bihaa faaq̣irah;

    އަދި އެމޫނުތަކުގެ ވެރިންނަށް ތިމާމެން ނަރަކައަށް ދާންޖެހޭނެކަން ޔަޤީންވާނެއެވެ. އަދި ބުރިކަށިތައް ބިދޭވަރުގެ ބުރަ އެބަހީ ކެތްނުކުރެވޭފަދަ ކެކުޅުމާ ކުރިމަތިލާންޖެހޭނެކަން އެނގޭނެއެވެ.

  345. 75:26

    كَلَّآ إِذَا بَلَغَتِ ٱلتَّرَاقِىَ

    Kallaaa ʹiẓaa balag̣atit taraaq̣ee,

    އެއްގޮތަކަށްވެސް އެކާފަރު އިންސާނާ ހީކުރާގޮތަކަށް ނުވާނެއެވެ. މަރުވުމަށްފަހު مَحْشَرُ އަށްފޮނުވޭނެއެވެ. ޙިސާބު ބެއްލެވޭނެއެވެ. ފުރިހަމަ ޖަޒާދެއްވޭނެއެވެ. ފުރާނަ ނުވަތަ ނަފުސު ލަގޮނޑިވަޅުގެ ކަށިގަނޑާއި ހަމައަށް އަރައްޖެއްޔާއި އެބަހީ މަރަށްތައްޔާރުވެ ފުރާނަ ނުކުންނަން ގާތްވެއްޖެއްޔާ ދެންބުނެވޭނެއެވެ.

  346. 75:27

    وَقِيلَ مَنْ ۜ رَاقٍ

    Wa-q̣eela man raaq̣?

    އެވަގުތު މަރަށް حَاضِرُ ވިމީހާގެ ކައިރީގައި ތިބިމީހުންކުރެ މީހަކުބުނާނެއެވެ. ފަންޑިތައެއްހަދާނީ ކާކުބާވައެވެ؟

  347. 75:28

    وَظَنَّ أَنَّهُ ٱلْفِرَاقُ

    Wa-z̤̣anna ʹannahul firaaq̣;

    އަދި އެވަގުތު މަރަށް حَاضِرُ ވިމީހާއަށް ތިމާދެން ދުނިޔެއިން ވަކިވަނީކަން ޔަޤީންވާނެއެވެ.

  348. 75:29

    وَٱلْتَفَّتِ ٱلسَّاقُ بِٱلسَّاقِ

    Waltaffatis saaq̣u bissaaq̣:

    އަދި އޭނާގެ އެއްކަށިމަތި އަނެއްކަށިމަތީ ގައި ކާތާނެއެވެ. ނުވަތަ ދުނިޔޭގެ ޙަޔާތާއި ވަކިވެ آخِرَةُ ގެ އުދަގޫތަކާއި ކުރިމަތި ލައިފާނެއެވެ. ނޯޓު: މިއާޔަތްތަކުގެ މާނަތައް އެތައް ގޮތްގޮތްކަށް ލިޔެވިގެންވެއެވެ. އަޅުގަޑު ލިޔެފައިމިވަނީ އޭގެތެރެއިން އެއްގޮތެވެ.

  349. 75:30

    إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمَسَاقُ

    ʹIlaa Rabbika Yawmaʹiẓinil masaaq̣!

    (އޭ رَسُولُ الله އެވެ!) قِيَامَة ދުވަހުން ފުރާނަތައް ގެންދެވުންވަނީ ކަލޭގެފާނުންގެ رَبُّ ގެ حَضْرَةُ އަށެވެ.

  350. 75:31

    فَلَا صَدَّقَ وَلَا صَلَّىٰ

    Falaa Saddaq̣a wa-laa ṣallaa!―

    ފަހެ އޭނާ އެބަހީ -ކާފަރު އިންސާނާ- އީމާނެއްނުވެއެވެ. އަދި އޭނާ ނަމާދެއްނުކުރެއެވެ.

  351. 75:32

    وَلَـٰكِن كَذَّبَ وَتَوَلَّىٰ

    Wa-laakiñ kaẓẓaba wa-tawallaa!

    އަދި ކިއެއްހެއްޔެވެ؟ އޭނާ قُرْآن ދޮގުކުރީއެވެ. އަދި އެނާ އީމާންކަމަށް ފުރަގަސް ދިނީއެވެ.

  352. 75:33

    ثُمَّ ذَهَبَ إِلَىٰٓ أَهْلِهِۦ يَتَمَطَّىٰٓ

    S̤umma ẓahaba ʹilaaa ʹahlihee yatamaṭṭaa!

    ދެން އަދި އޭނާ އޭނަގެ އަހުލުވެރިންގެގާތަށް ދިޔައީ ބޮޑާވެ ކިބުރުވެރިވެގެންނެވެ. فَخْرُ ވެރިވެ މަތިހަށިނަގައިގެންވާ ޙާލުގައެވެ. (އޭނާއަށް ބުނެވޭނެއެވެ.)

  353. 75:34

    أَوْلَىٰ لَكَ فَأَوْلَىٰ

    ʹAwlaa laka faʹawlaa!

    ކަލެއަށް ހަލާކު ހުއްޓެވެ. ފަހެ ހަލާކު ހުއްޓެވެ.

  354. 75:35

    ثُمَّ أَوْلَىٰ لَكَ فَأَوْلَىٰٓ

    S̤umma ʹawlaa laka faʹawlaa!

    ދެންވެސް ކަލެއަށް ހަލާކު ހުއްޓެވެ. ފަހެ ހަލާކު ހުއްޓެވެ.

  355. 75:36

    أَيَحْسَبُ ٱلْإِنسَـٰنُ أَن يُتْرَكَ سُدًى

    ʹAyaḥsabul ʹiñsaanu ʹañy yutraka sudaa?

    އަދިއެއިންސާނާ ހީކުރަނީ (އޭނާއަށް އެއްވެސް އަމުރެއްނުވެވި ނަހީއެއްނުވެވި ހިސާބެއްނުބެލެވި އަދި ޖަޒާއެއްވެސް ނުދެވި) ހަމަސޮކަށް އޭނާ ދޫކޮށްލެވިފައިވަނީ ކަމަށް ހެއްޔެވެ؟ (އެހެންނުވާނެއެވެ. ހިސާބުބެއްލެވޭނެއެވެ. ޖަޒާވެސް ދެއްވޭނެއެވެ.) ދަންނައެވެ. މިއާޔަތްތަކުގައި ސިފަވެގެންމިދާމީހަކީ أَبُو جَهْل ކަމުގައި تَفْسِيْرُ عِلم ގެ أَهْلُ ވެރިންކުރެ ބައެއްބޭކަލުން ވިދާޅުވެފައިވެއެވެ. ނުވަތައެއީ އެބާވަތުގެ ކޮންމެމީހެކެވެ.

  356. 75:37

    أَلَمْ يَكُ نُطْفَةً مِّن مَّنِىٍّ يُمْنَىٰ

    ʹAlam yaku nuṭfatam mim maniyyiñy yumnaa?

    އޭނާ އެއީ އޮހިގެންއައި نُطْفَة އެއްކަމުގައި ނުވޭހެއްޔެވެ؟

  357. 75:38

    ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ

    S̤umma kaana ʻalaq̣atañ fakhalaq̣a fasawwaa.

    ދެން އޭނާވީ ގަނޑުލެއިކޮޅެއްކަމުގައެވެ. ދެން އެކަލާނގެ އޭނާ ހައްދަވައި ފުރިހަމަކުރެއްވިއެވެ.

  358. 75:39

    فَجَعَلَ مِنْهُ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰٓ

    Fajaʻala minhuz zawjayniẓ ẓakara wal-ʹuñs̤aa.

    އަދި އެއިންސާނާގެ ކިބައިން ފިރިހެން އަންހެންޖޯޑު އެކަލާނގެ ލެއްވިއެވެ.

  359. 75:40

    أَلَيْسَ ذَٰلِكَ بِقَـٰدِرٍ عَلَىٰٓ أَن يُحْـِۧىَ ٱلْمَوْتَىٰ

    ʹAlaysa ẓaalika biq̣aadirin ʻalaaa ʹañy yuḥyiyal mawtaa?

    މިއެންމެހައި ކަންތައްތައްމިހާފުރިހަމަކޮށް ހައްދަވާ މަތިވެރި ﷲ އަށް މީސްތަކުންނާއި އަދި މަރުވެގޮސްފައިވާތަކެތި އަލުންހެއްދެވުމަށް ކުޅަދުންވަންތަވެވޮޑިގެންވާކަލަކު ކަމުގައި ނުވާނޭހެއްޔެވެ؟؟؟ (ވާނެކަން ކަށަވަރެވެ.)

  360. Surah Al-InsanBegins here at 76:1

  361. 76:1

    هَلْ أَتَىٰ عَلَى ٱلْإِنسَـٰنِ حِينٌ مِّنَ ٱلدَّهْرِ لَمْ يَكُن شَيْـًٔا مَّذْكُورًا

    Hal ʹataa ʻalal ʹIÑSAANI ḥeenum minad DAHRI lam yakuñ shayʹam maẓkooraa?

    ހަމަކަށަވަރުން ޒަމާނުގެ ތެރެއިން އިންސާނާގެ ނަންގަނެވިގެންނުވާ ވަގުތެއް އިންސާނާގެ މައްޗަށް އައިސްފައިވެއެވެ. (އެއީ އޭނާ ދުނިޔެއަށް އައުމުގެ ކުރިންނެވެ.)

  362. 76:2

    إِنَّا خَلَقْنَا ٱلْإِنسَـٰنَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَـٰهُ سَمِيعًۢا بَصِيرًا

    ʹInnaa khalaq̣nal ʹiñsaana min nuṭfatin ʹamshaajin nabtaleehi fajaʻalnaahu sameeʻam baṣeeraa.

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ އިންސާނާ ހައްދަވާފައިވާނީ އެކުވެ މަސްހުނިވެފައިވާ نُطْفَة އަކުންނެވެ. މަނި ފޮދުވަރަކުންނެވެ. (އެއީ ފިރިހެންމީހާގެ نُطْفَة އާއި އަންހެންމީހާގެ نُطْفَة އެކުވެ މަސްހުނިވެގެންނެވެ.) ދެން ތިމަންރަސްކަލާނގެ އޭނާއަކީ އަޑުއިވޭ އަދި ފެންނަ މީހަކު ކަމުގައި ލެއްވީމެވެ.

  363. 76:3

    إِنَّا هَدَيْنَـٰهُ ٱلسَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا

    ʹInnaa hadaynaahus sabeela ʹimmaa shakirañw waʹimmaa kafooraa.

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ އޭނާއަށް މަގުދެއްކީމެވެ. (އެއީ ރަނގަޅު މަގެވެ.) އެހެންޏާ އޭނާ ހެޔޮމަގުންގޮސް ޝުކުރުވެރިއަކުކަމުގައި ވުމަށެވެ. އެހެންޏާ އޭނާ ނުބައިމަގުންގޮސް ކާފަރު ވުމަށެވެ. (އެއީ އޭނާގެ އިޚްތިޔާރެވެ.)

  364. 76:4

    إِنَّآ أَعْتَدْنَا لِلْكَـٰفِرِينَ سَلَـٰسِلَا۟ وَأَغْلَـٰلًا وَسَعِيرًا

    ʹInnaaa ʹaʻtadnaa lilkaafireena salaasila wa-ʹag̣laalañw wa-Saʻeeraa.

    ހަމަކަށަވަރުން ކާފަރުންނަށް ކަސްތަޅުތަކާއި ހިލިހިލާތަކާއި އަދި އަނދަ އަނދާ ހުރި އަލިފާން ތިމަންރަސްކަލާގެތައްޔާރުކު ރެއްވީމެވެ (އެތަކެތި ޤިޔާމަތް ދުވަހުން އެމީހުންނަށް ހުންނަހުއްޓެވެ.)

  365. 76:5

    إِنَّ ٱلْأَبْرَارَ يَشْرَبُونَ مِن كَأْسٍ كَانَ مِزَاجُهَا كَافُورًا

    ʹInnal ʹabraara yashraboona miñ kaʹsiñ kaana mizaajuhaa kaafooraa,―

    (އަދި ޤިޔާމަތް ދުވަހުން) ކިޔަމަންތެރި ތެދުވެރި މާތް މީހުން އެބަހީ - أَبْرَار ން - ފުރިފައިވާ ރަލުގެ ތަށިތަކުން ބޯނެއެވެ. އޭގައި ކާފޫރު ތާސީރު އެކުލެވިގެންވާނެއެވެ. (އޭގެ މީރުކަމާއި ސާފުކަމުގެ މިންވަރު އިޙްސާސްކުރެވޭނީ ހަމައެކަނި ބުއީމައެވެ.)

  366. 76:6

    عَيْنًا يَشْرَبُ بِهَا عِبَادُ ٱللَّهِ يُفَجِّرُونَهَا تَفْجِيرًا

    ʻAynañy yashrabu bihaa ʻIbaadul laahi yufajjiroonahaa tafjeeraa.

    އެއީ ﷲ ގެ މާތް އަޅުތަކުން ބުއިމަށްވާއާރެކެވެ. (އެމީހުން ސުވަރުގޭގައި ވޭތިކުރާއިރު) އެއާރު އެވަގުތަކުއެމީހުން އެތިބިތާކުވާނެއެވެ. (ފަސޭހަކަމާއިއެކު އެއަޅުތަކުން އެއިން ބޯނެއެވެ. އެބައިމީހުން ދިޔަކޮންމެ ތަނަކަށް އެއާރު ދެމެމުންދާނެއެވެ.)

  367. 76:7

    يُوفُونَ بِٱلنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُۥ مُسْتَطِيرًا

    Yoofoona binnaẓri wa-yakhaafoona yawmañ kaana sharruhoo mustaṭeeraa.

    އެމީހުންނަކީ އެމީހުން ދުނިޔޭގައި އުޅުނުއިރު ނަދުރެއްބުނެފިއްޔާ ފުއްދާ މީހުންނެވެ. އަދި އެމީހުންނަކީ ދުނިޔޭގައި އުޅުނުއިރު އެދުވަހެއްގެ ބިރުވެރިކަން ފެތުރިގެންވާ ދުވަހަކާއިމެދު ބިރުވެތިވީކަމުގައި ވީމީހުންނެވެ. އެދުވަހަކީ ޤިޔާމަތްދުވަހެވެ.

  368. 76:8

    وَيُطْعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِۦ مِسْكِينًا وَيَتِيمًا وَأَسِيرًا

    Wa-yuṭʻimoonaṭ ṭaʻaama ʻalaa ḥubbihee miskeenañw wayateemañw waʹaseeraa,―

    އަދި އެމީހުންނަކީ އެމީހުން ދުނިޔޭގައި އެމީހުންކާއެތިކޮޅައް ލޯބި ހުރުމާއެކުވެސް މިސްކީނުންނަށާއި ޔަތީމުންނަށާއި އަދި ހައްޔަރުވެފައިވާ މީހުންނަށް އެކާއެތިކޮޅު ދޭމީހުންނެވެ. ނުވަތަ ﷲ ގެ ރުއްސެވުމުގެ ލޯބިން އެމީހުންނަށް ކާއެތިކޮޅު ދިން މީހުންނެވެ.

  369. 76:9

    إِنَّمَا نُطْعِمُكُمْ لِوَجْهِ ٱللَّهِ لَا نُرِيدُ مِنكُمْ جَزَآءً وَلَا شُكُورًا

    ʹInnamaa nuṭʻimukum liwajhil laahi laa- nureedu miñkum jazaaaʹañw walaa shukooraa.

    (އަދި އެކާއެތިކޮޅު ދެމުން އެމީހުން ބުނެއެވެ.) އަހުރެމެން ކަލޭމެންނަށް ކާއެތިކޮޅު މިދެނީ ﷲ ގެ ވަޖުހު ފުޅައްޓަކައެވެ. (އެކަލާނގެ ރުހިވޮޑިގަތުން ލިބުމަށްޓަކައެވެ.) ކަލޭމެންގެ ފަރާތުން މީގެ އެއްވެސް ބަދަލެއް އަދި ކަލޭމެންގެ ފަރާތުން އެއްވެސް ޝުކުރެއް އަދި ޘަނާއެއްއަހުރެމެން ނޭދެމެވެ.

  370. 76:10

    إِنَّا نَخَافُ مِن رَّبِّنَا يَوْمًا عَبُوسًا قَمْطَرِيرًا

    ʹInnaa nakhaafu mir Rabbinaa Yawman ʻaboosañ q̣amṭareeraa.

    ހަމަކަށަވަރުން އަހުރެމެން ބިރުގަންނަނީ ކަންބޮޑުވެގެން މޫނުތަށް ހަޑިވެ އަދި ހިތްތަކަށް ބިރުވެރިކަންވަދެ ކަންބޮޑުވާދުވަހު އަހުރެމެންގެ رَبُّ ގެ ޙަޟްރަތުން އަތުވެދާނެ ބިރުވެރިކަމާއިމެދުގައެވެ.

  371. 76:11

    فَوَقَىٰهُمُ ٱللَّهُ شَرَّ ذَٰلِكَ ٱلْيَوْمِ وَلَقَّىٰهُمْ نَضْرَةً وَسُرُورًا

    Fawaq̣aahumul laahu sharra ẓaalikal Yawmi wa-laq̣q̣aahum naḍratañw wasurooraa.

    ފަހެ ﷲ ތަޢާލާ އެދުވަހުގެ ބިރުވެރިކަމުން އެމީހުން ސަލާމަތް ކުރެއްވިއެވެ. އަދި އެކަލާނގެ އެމީހުންގެ މޫނުތަކަށް ތާޒާކަމާއި އަލިކަންދެއްވައި އެމީހުންގެ ހިތްތަކަށް އުފާފާގަތިކަން ދެއްވައިފިއެވެ.

  372. 76:12

    وَجَزَىٰهُم بِمَا صَبَرُوا۟ جَنَّةً وَحَرِيرًا

    Wa-jazaahum̃ bimaa ṣabaroo Jannatañw Waḥareeraa.

    އަދި އެމީހުން ދުނިޔޭގައި ކެތްތެރިވީ ކަމައްޓަކައި އެކަލާނގެ އެމީހުންނަށް މާތްވެގެންވާ ސުވަރުގެ ދެއްވައި އަދި ފަށުވިފޭރާން ދެއްވިއެވެ.

  373. 76:13

    مُّتَّكِـِٔينَ فِيهَا عَلَى ٱلْأَرَآئِكِ ۖ لَا يَرَوْنَ فِيهَا شَمْسًا وَلَا زَمْهَرِيرًا

    Muttakiʹeena feehaa ʻalal ʹaraaaʹik, laa- yarawna feehaa shamsañw walaa zamhareeraa.

    އެމީހުން ސުވަރުގޭގައިވާ ސޯފާތަކުގައި ލެނގިލައިގެން މަޖަލުގައި ތިބޭނެއެވެ. އަދި އެސުވަރުގޭގައި ތިބޭއިރު އަވީގެ ހޫނުކަމެއް އަދި ގަދަފިނިކަމެއްވިޔަސް އެމީހުންނުދެކޭނެއެވެ.

  374. 76:14

    وَدَانِيَةً عَلَيْهِمْ ظِلَـٰلُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلًا

    Wa-daaniyatan ʻalayhim z̤̣ilaaluhaa wa-ẓullilat q̣uṭoofuhaa taẓleelaa.

    އަދި އެމީހުންގެ މައްޗަށް އެސުވަރުގޭގެ ގަސްގަހުގެ ހިޔާއެޅިގެންވެއެވެ. އަދި އެތާނގެ މޭވާތައް އެމީހުންނަށް ބިންނަންފަސޭހަވާނޭގޮތުން ގާތްވެ ކިޔަމަންވެގެންވެއެވެ. (ކޮޅަށް ތިބެގެންވެސް އިށީނދެ އިނދެގެންވެސް އަދި އޮށޯވެ އޮވެގެންވެސް ބިނދެވޭގޮތަށް ހަމަޖެހިގެންވެއެވެ.)

  375. 76:15

    وَيُطَافُ عَلَيْهِم بِـَٔانِيَةٍ مِّن فِضَّةٍ وَأَكْوَابٍ كَانَتْ قَوَارِيرَا۠

    Wa-yuṭaafu ʻalayhim̃ biʹaaniyatim miñ fiḍḍatiñw waʹakwaabiñ kaanat q̣awaareeraa,―

    އަދި އެމީހުންގެ ގާތުގައި އެމީހުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ބޮވޭގޮތަށް ބިއްލޫރިފަދަ ސާފު ރިހީގެ ކަންވާރުތަށް ހިފައިގެން ޚާދިމުން ދައުރުކުރާނެއެވެ.

  376. 76:16

    قَوَارِيرَا۟ مِن فِضَّةٍ قَدَّرُوهَا تَقْدِيرًا

    Q̣awaareera miñ fiḍḍatiñ q̣addaroohaa taq̣deeraa.

    އެބިއްލޫރި ރިހި ފަދައެވެ. (އެބަހީ އެކަންވާރުގައި ރިހީގެހުދުކަމާއި ބިއްލޫރީގެ ސާފުކަން އެކުލެވިގެންވެއެވެ.) އަދި އެކަންވާރުން ބޯމީހާ ބޭނުންވާވަރަކައް ގިނަނުކޮށް މަދުވެސް ނުކޮށް ހުންނަންވާ މިންވަރައް ޚާދިމުން އެމިންވަރު ކުރައްވައެވެ.

  377. 76:17

    وَيُسْقَوْنَ فِيهَا كَأْسًا كَانَ مِزَاجُهَا زَنجَبِيلًا

    Wa-yusq̣awna feehaa kaʹsañ kaana mizaajuhaa zañjabeelaa,―

    އަދި ސުވަރުގޭގައި އެމީހުންނަށް ޒަންޖަބީލުގެ ތާސީރު އެކުލެވިގެންވާ ރާތަށި ބޯންދެވޭނެއެވެ.

  378. 76:18

    عَيْنًا فِيهَا تُسَمَّىٰ سَلْسَبِيلًا

    ʻAynañ feehaa tusammaa Salsabeelaa.

    އެއީ ސުވަރުގޭގައިވާ سَلْسَبِيْل އެވެ ކިޔާ އާރެކެވެ. އެއީ އޭގެ މީރުކަން ނިހާޔަތަށް ގޮސްފައިވާ ދިރުވައިލަން އެހާ ފަސޭހަ އަދި ބޯމީހާ އެހާ ބޯހިތްވާ ބުއިމެކެވެ.

  379. 76:19

    ۞ وَيَطُوفُ عَلَيْهِمْ وِلْدَٰنٌ مُّخَلَّدُونَ إِذَا رَأَيْتَهُمْ حَسِبْتَهُمْ لُؤْلُؤًا مَّنثُورًا

    Wa-yaṭoofu ʻalayhim wildaanum mukhalladoon: ʹiẓaa raʹaytahum ḥasibtahum luʹluʹam mañs̤ooraa.

    އަދި ނުހަނު ރީތި މުސްކުޅިނުވާ ތަރޯ ތާޒާ ކުޑަކުދިން ސުވަރުގޭގެ އަހުލުވެރިންގެ ޚިދުމަތުގައި އެމީހުންގެ ވަށައިގެން ދައުރުކުރާނެއެވެ. އެކުދިން ކަލެއަށް ފެނިއްޖެއްޔާ އެކުދިންނާމެދު ކަލެޔަށް ހީވާނީ ފެތުރިފައިވާ ރީތި ރަން މުތްތަކެއް ހެންނެވެ.\n* ދަންނައެވެ. ސުވަރުގޭގައިވާކަމައް ނަންކިޔިގެންވާ ކޮންމެ މޭވާއެއް އަދި ކޮންމެ ކާއެއްޗެއް އެއީ ހަމަ އިންސާނާގެ ވިސްނުމަށް ގެނައުމަށް ފަސޭހަވުމައްޓަކައިވާނަމައެވެ. އޭގެ ރަހަޔާއި ތާސީރު އަދި ކުލަޔާވަސް ބުނަންނޭނގޭހާ ތަފާތުވާނެއެވެ. މީރުކަން ބަޔާން ނުކުރެވޭނެއެވެ. ދުލަކުން ބަޔާންނުކުރެވޭނެއެވެ. ލޮލަކުން ދެކިފައި ނުވާހާ ރީތިވާނެއެވެ. ކަންފަތަކުން އެފަދައެއްޗެއްގެ އަޑު އަހައިފައިނުވާނެއެވެ. ހިތުގައި އޭގެ ޙިޔާލުވެސް ހިނގާފައިނުވާނެއެވެ.

  380. 76:20

    وَإِذَا رَأَيْتَ ثَمَّ رَأَيْتَ نَعِيمًا وَمُلْكًا كَبِيرًا

    Wa-ʹiẓaa raʹayta s̤amma raʹayta Naʻeemañw Wa-Mulkañ Kabeeraa.

    އަދި ކަލޭ ސުވަރުގެއަށް ލޯހިންގައި ބަލާލީމާ ސިފަނުކުރެވޭފަދަ ނިޢުމަތް ކަލޭ ދެކޭނެއެވެ. އަދި މިންވަރު ނުކުރެވޭފަދަ ބޮޑު ވެރިކަމާއި ޝަރަފު ދެކޭނެއެވެ.

  381. 76:21

    عَـٰلِيَهُمْ ثِيَابُ سُندُسٍ خُضْرٌ وَإِسْتَبْرَقٌ ۖ وَحُلُّوٓا۟ أَسَاوِرَ مِن فِضَّةٍ وَسَقَىٰهُمْ رَبُّهُمْ شَرَابًا طَهُورًا

    ʻAaliyahum s̤iyaabu suñdusin khuḍruñw waʹistabraq̣, wa-ḥullooo ʹasaawira miñ fiḍḍah; wa-saq̣aahum Rabbuhum Sharaabañ Ṭahooraa.

    ސުވަރުގެވަންތަވެރިންގެ ފޭރާމުގެ މަތިންފެންނަ ފޭރާމަކީ ސުންދުސިފޭރާމަކާއި އިސްތަބުރަޤު ކިޔާ ވައްތަރެއްގެފޭރާމެކެވެ. އެއީ ފަށުވިފޮތީގެ ތުނިފޮއްޗާއި އޭގެބޯފޮއްޗެވެ. އަދި އެބައިމީހުންގައި ރިހީގެ އުޅާއެޅުވޭނެއެވެ. އަދި އެމީހުންނަށް شَرَابًا طَهُورًا އެވެ ކިޔާބުއިމެއް ބޯންދެވޭނެއެވެ.\nދަންނައެވެ. މިސޫރަތުގައިމިވަނީ ރިހީގެ އުޅާއެޅުވޭނެވާހަކައެވެ. فَاطِرُ ސޫރަތުގައިވަނީ ރަނުގެ އުޅާއެޅުވޭނެވާހަކައެވެ. ވީމާދެއާޔަތް ޖަމާކުރާއިރު ނަތީޖާއަކީ އެދެބާވަތުގެ އުޅާވެސް އެޅުވޭނެކަމެވެ. އަދި ދަންނައެވެ. شَرَابًا طَهُورًا އެވެ އޮތްބަސްފުޅުން އެނގެނީ ވަރަށް طَاهِرُ ބުއިމެއްދެއްވާނެކަމެވެ. އެއީ ﷲ ދެއްވާނެ خَاصَّ ބުއިމެކެވެ. أبُو قِلابَة އާއި إبْرَاهِيْمُ النَّخَعِيْ އާއި ދެބޭކަލުންވިދާޅުވިއެވެ. ސުވަރުގޭގެ އަހުލުވެރިންނަށް ކާތަކެތި ގެނެވޭނެއެވެ. އެތަކެތިކެއުމަށްފަހު ވަރަށްމީރު ވަރަށް طَاهِرُ ބުއިމެއްދެއްވާނެއެވެ. އެއީ ﷲގެ خَاصَّ ކަރާމަތެކެވެ. އެބުއިންބޮއިލީމާ ބަނޑުހިނދި ގައިން ގޮމަކަސްތޫރިވަސްދުވާ ދަލެއްހިއްލާނެއެވެ. އެބުއިމަކީ شَرَابًا طَهُورًا އެވެ. = فَتْحُ القَدِيْر =

  382. 76:22

    إِنَّ هَـٰذَا كَانَ لَكُمْ جَزَآءً وَكَانَ سَعْيُكُم مَّشْكُورًا

    ʹInna haaẓaa kaana lakum jazaaaʹañw wakaana saʻyukum mashkooraa.

    (އަދި ސުވަރުގޭގެ އަހުލުވެރިންނަށް الله حَضْرة ން ނިދާއިއްވެވޭނެއެވެ.) މިހުރިހާ نِعْمَةُ އަކީ ކަލޭމެންކުރި ރަނގަޅު ޢަމަލުތަކުގެ ޖަޒާއެއްގެގޮތުން الله ދެއްވާދަރުމަކުރެއްވި فَضْلُ ވަންތަކަމެވެ. ހަމަކަށަވަރުން ކަލޭމެންގެ ޢަމަލުތައްވަނީ ޤަބޫލުވެވި ޝުކުރުވެރި ވެވިގެންނެވެ.

  383. 76:23

    إِنَّا نَحْنُ نَزَّلْنَا عَلَيْكَ ٱلْقُرْءَانَ تَنزِيلًا

    ʹInnaa Naḥnu nazzalnaa ʻalaykal Q̣urʹaana tañzeelaa.

    (އޭ رَسولُ الله އެވެ!) ހަމަކަށަވަރުން ކަނޑައެޅިގެން ކަލޭގެފާނުންގެ މައްޗަށް މި قُرْآنُ މިބާވާތްލައްވަނީ ހަމަތިމަން ރަސްކަލާނގެއެވެ.

  384. 76:24

    فَٱصْبِرْ لِحُكْمِ رَبِّكَ وَلَا تُطِعْ مِنْهُمْ ءَاثِمًا أَوْ كَفُورًا

    Faṣbir li-Ḥukmi Rabbika wa-laa tuṭiʻ minhum ʹaas̤iman ʹaw kafooraa.

    (އޭ رَسولُ الله އެވެ!) އެހެންވެ ކަލޭގެފާނުންގެ رَبُّ ގެ حُكُم ފުޅަށް އަދި އެކަލާނގެ ނިޔާފުޅަށް ކެތްތެރިވެވަޑައި ގަންނަވާށެވެ! އަދި އެމީހުންގެތެރެއިން ފާފަވެރިއަކަށްވިޔަސް އަދި ކާފަރަކަށްވިޔަސް ކަލޭގެފާނު ކިޔަމަންވެ ވަޑައި ނުގަންނަވާށެވެ! (އެއީ مَكَّة ގެ مُشْرِك ންކުރެ عَتَبَة ابْنُ رَبِيْعَة އާއި الوَلِيْد بْنُ المُغِيْرَة އާއި ދެމީހުން ކަމުގައިވެސް ބުނެވުނެވެ.)

  385. 76:25

    وَٱذْكُرِ ٱسْمَ رَبِّكَ بُكْرَةً وَأَصِيلًا

    Waẓkuris ma Rabbika bukratañw waʹaṣeelaa.

    އަދި ކަލޭގެފާނުނެ ހެދުނާއި ހަވީރު އެކަލާނގެ ހަނދުމަކުރައްވާށެވެ!އެބަހީ އެކަލާނގެއަށް ذِكْرُ ކުރައްވާށެވެ!

  386. 76:26

    وَمِنَ ٱلَّيْلِ فَٱسْجُدْ لَهُۥ وَسَبِّحْهُ لَيْلًا طَوِيلًا

    Wa-minal layli fasjud lahoo wa-sabbiḥhu laylañ ṭaweelaa.

    އަދި ރޭގަނޑު އެކަލާނގެއަށް ސަޖިދަކުރައްވައި އަޅުކަންކުރައްވާށެވެ! އަދި ރޭގަނޑުގެ ގިނަވަޤްތު އެކަލާނގެއަށް تَسْبِيْح ވިދާޅުވާށެވެ!

  387. 76:27

    إِنَّ هَـٰٓؤُلَآءِ يُحِبُّونَ ٱلْعَاجِلَةَ وَيَذَرُونَ وَرَآءَهُمْ يَوْمًا ثَقِيلًا

    ʹInna haaaʹulaaaʹi yuḥibboonal ʻaajilata wa-yaẓaroona wa-raaaʹahum Yawmañ s̤aq̣eelaa.

    ހަމަކަށަވަރުން މިބައިމީހުން އެބަހީ މައްކާގެ ކާފަރުންނާއި ދެންވެސް އެބާވަތުގެ އެންމެންވެސް) މިފަނާވެދަނިވި އަވަސްދުނިޔެއަށް ލޯބިކުރަނީއެވެ. އަދިއެމީހުން އެމީހުންގެ ކުރިޔަށް ބުރަވެގެންވާ ދުވަހެއްދޫކުރަނީއެވެ. އެއީ އެދުވަހުގެ ކަންތައް ދަތިވެގެންވާ قِيَامَة ދުވަހެވެ.

  388. 76:28

    نَّحْنُ خَلَقْنَـٰهُمْ وَشَدَدْنَآ أَسْرَهُمْ ۖ وَإِذَا شِئْنَا بَدَّلْنَآ أَمْثَـٰلَهُمْ تَبْدِيلًا

    Naḥnu khalaq̣naahum wa-shadadnaaa ʹasrahum; wa-ʹiẓaa shiʹnaa baddalnaaa ʹams̤aalahum tabdeelaa.

    އެމީހުން ހެއްދެވީ ހަމަ ތިމަންރަސްކަލާނގެއެވެ. އަދި އެމީހުންގެ ހުޅުތަކާއި ނާރުތަކާއި ތިމަންރަސްކަލާނގެ ގަދަކޮށްދެއްވީމެވެ. ބަރާބަރުކޮށްދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެދިވޮޑި ގެންނެވިނަމަ އެމީހުންގެ ހެއްދެވުން ބަދަލުކުރައްވައި މާހުތުރުސިފައަކަށް އެމީހުން ހައްދަވައިފީހެވެ. ނުވަތައެމީހުން ހަލާކު ކުރައްވައި الله އަށް ކިޔަމަންތެރި އެހެންބަޔަކު ގެންނަވައިފީހެވެ.

  389. 76:29

    إِنَّ هَـٰذِهِۦ تَذْكِرَةٌ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلًا

    ʹinna haaẓihee taẓkirah: famañ shaaaʹat takhaẓa ʹilaa Rabbihee sabeelaa.

    ހަމަކަށަވަރުން މިސޫރަތުގައި މިވަނީ وَعْظُ އާއި نَصِيْحَة އާއި عِبْرَة އެވެ. ފަހެ އެދޭމީހަކު އެމީހެއްގެ رَبُّ ގެ حَضْرة އަށް ވާސިވުމަށް މަގެއް އިޚްތިޔާރު ކުރާށެވެ. އެއީ އީމާންވެ ހެޔޮޢަމަލު ކޮށްގެންނެވެ.

  390. 76:30

    وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ ۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًا

    Wa-maa tashaaaʹoona ʹillaaa ʹañy yashaaaʹal laah; ʹinnal laaha kaana ʻAleeman Ḥakeemaa.

    އަދި الله އިރާދަކުރެއްވިއްޔާމެނުވީ ކަލޭމެންނަށް އެސީދާމަގު އިޚްތިޔާރުވެސް ނުކުރެވޭނެއެވެ. ހަމަކަށަވަރުން الله ވޮޑިގެންވަނީ ދެނެވޮޑިގެންވާ حِكْمَة ވަންތަ ކަލަކު ކަމުގައެވެ.

  391. 76:31

    يُدْخِلُ مَن يَشَآءُ فِى رَحْمَتِهِۦ ۚ وَٱلظَّـٰلِمِينَ أَعَدَّ لَهُمْ عَذَابًا أَلِيمًۢا

    Yudkhilu mañy yashaaaʹu fee Raḥmatih; waz̤̣z̤̣aalimeena ʹaʻadda lahum ʻAẓaaban ʹaleemaa.

    އެކަލާނގެ އެދިވޮޑިގެންނެވި އަޅަކު އެކަލާނގެ رَحْمَةُ ގެތެރެއަށް ވައްދަވައެވެ. (އެއީ އެމީހެއްގެ ނިޔަތް ތެދުވެރިވެއްޖެމީހެކެވެ.) އަދި އަނިޔާވެރިންނަށް އެކަލާނގެ ތައްޔާރުކުރައްވާފައިވަނީ ވޭންދެނިވި عَذَابُ އެވެ.

  392. Surah Al-MursalatBegins here at 77:1

  393. 77:1

    وَٱلْمُرْسَلَـٰتِ عُرْفًا

    WALMURSALAATI ʻurfaa,

    ހޭއަރުވައިލުމެއްދަންނައެވެ. މިސޫރަތުގެ ކުރީކޮޅުގެ ހައާޔަތުގެ ތަފުސީރާއިމެދު ތަފުސީރު ޢިލްމުވެރިންގެ މެދުގައި ބަސްތަފާތު ވެފައިވެއެވެ. އޭގެތެރެއިންބައެއްބޭކަލުން ވިދާޅުވަނީ - وَالْمُرْسَلات - وَالْعَصِفَات - وَالنَّاشِرَات - فَالْفَارِقَات - فَالْمُاالقِيَات - މި ލަފުޒުތަކުގެ މާނައަކީ ވައިގެ އެކިވައްތަރުކަމަށެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ މަލާއިކަތްބޭކަލުން ކަމަށެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވާގޮތުގައި ފުރަތަމަ ތިން ލަފުޒު އެއީ ވަޔަށް ކިޔާ ތިންނަންކަމަށެވެ. އަނެއްދެ ލަފުޒު އެއީ މަލާއިކަތްބޭކަލުންނަށް ކިޔާ ދެނަންކަމަށެވެ.\nދެންފަހެ މިބޭކަލުންގެ މިހުރިހާ ވާހަކައެއްގެ ޚުލާސާއެއްގެގޮތުން އެންމެ مُعْتبر تَفْسِير ފޮތުގެ مُؤَلِّف إبْن جَرِير الطبري ވިދާޅުވީ އެތަނުން ވަކިމާނައެއް އިސްކުރެވޭނެ ދަލީލެއްނެތެވެ. ދެމާނަވެސް ދޭހަވެއެވެ. ވީމާ އެތަނުން ކޮންމެ މާނައެއްވެސް ރަނގަޅެވެ. وَالله أَعْلَم. މިފޮތުގައި ލިޔެފައިމިވަނީ މީގެތެރެއިން އެއްގޮތެވެ. ވިދިވިދިގެން ޖެހޭ ރަނގަޅުވައި ގަންދެއްވައި ﷲ ހުވައިވަޙީ ކުރައްވައެވެ.

  394. 77:2

    فَٱلْعَـٰصِفَـٰتِ عَصْفًا

    Falʻaaṣifaati ʻaṣfaa,

    އަދި ތަކެތި ހަލާކުވާފަދަ ގަދަވައި ގަންދެއްވައި ﷲ ހުވައި ވަޙީކުރައްވައެވެ.

  395. 77:3

    وَٱلنَّـٰشِرَٰتِ نَشْرًا

    Wannaashiraati nashraa,

    އަދި ވާރޭވިލާތައް (ފެންވެހޭ ވިލާތައް) އުޑުގައި ފަތުރާލާ ވިލާތައް ގަންދެއްވައި ﷲ ހުވައި ވަޙީކުރައްވައެވެ.

  396. 77:4

    فَٱلْفَـٰرِقَـٰتِ فَرْقًا

    Falfaariq̣aati farq̣aa,

    ފަހެ ކަނޑައެޅިގެން ޙައްޤުއާއި ބާޠިލު އަދި ޙަލާލާއި ޙަރާމް ފަރަޤުކުރައްވާ މަލާއިކަތްބޭކަލުން ގަންދެއްވައި ﷲ ހުވައި ވަޙީކުރައްވައެވެ.

  397. 77:5

    فَٱلْمُلْقِيَـٰتِ ذِكْرًا

    Falmulq̣iyaati ẓikraa,

    އަދި ވަޢުޡާއި ނަޞޭހަތް އަދި އިންޒާރާއިގެން ވަޑައިގަންނަވާ މަލާއިކަތްބޭކަލުން ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.

  398. 77:6

    عُذْرًا أَوْ نُذْرًا

    ʻUẓran ʹaw nuẓraa;―

    އަދި އެބޭބޭކަލުން އެވަޑައިގަންނަވަނީ ﷲ ގެ ޙަޟްރަތުން ޢުޒުރާއި އަދި އިންޒާރު ގެ ގޮތުންނެވެ. މިހުރިހާ އެއްޗެއް ގަންދެއްވައި ﷲ ހުވައި ވަޙީކުރައްވަނީ ބޮޑުކަމެއްގެ މައްޗަށެވެ. އެކަމަކީ

  399. 77:7

    إِنَّمَا تُوعَدُونَ لَوَٰقِعٌ

    ʹInnamaa tooʻadoona lawaaq̣iʻ.

    ހަމަކަށަވަރުން ތިޔަބައިމީހުންނަށް ވަޢުދު ވެވިގެންވާ ކަންތައްތައް ހަމަކަށަވަރުން ވާޤިޢު ވާނެއެވެ. ދިމާވާނެކަން ކަށަވަރެވެ. އެއީ ޤިޔާމަތް ދުވަހުން ހެޔޮކަމާއި ނުބައިކަން ބެލިވި އެއަށް ޖަޒާލިބުމެވެ. އެއީ ނުވެ ނުދާނެކަމެކެވެ.

  400. 77:8

    فَإِذَا ٱلنُّجُومُ طُمِسَتْ

    Faʹiẓan nujoomu ṭumisat;

    (އެފަދަ ކަންތައް ހިނގާނީ؛) ތަރިތަކުގެ ނޫރު ފިލައިގޮސް އަނދިރިވެއްޖެއްޔާއެވެ.

  401. 77:9

    وَإِذَا ٱلسَّمَآءُ فُرِجَتْ

    Wa-ʹiẓas samaaaʹu furijat;

    އަދި އުޑުފަޅައިގެންގޮސް ދުރުވެ ފޭވެއްޖެއްޔާއެވެ.

  402. 77:10

    وَإِذَا ٱلْجِبَالُ نُسِفَتْ

    Wa-ʹiẓal jibaalu nusifat;

    އަދި ފަރުބަދަތައް އޭގެ މަކާނުން ލުހެވި ކުދިކުދިވެ ބުރަބުރައިގެން ހިނގައްޖެއްޔާއެވެ.

  403. 77:11

    وَإِذَا ٱلرُّسُلُ أُقِّتَتْ

    Wa-ʹizar rusulu ʹuq̣q̣itat;

    އަދި ރަސޫލު ބޭކަލުންނަށް (އެބޭކަލުންނާއި އެބޭކަލުންގެ އުންމަތްތަކާދެމެދު فَيْصِلَة ކުރުމަށް) ވަގުތު ކަނޑައެޅިއްޖެއްޔާއެވެ.

  404. 77:12

    لِأَىِّ يَوْمٍ أُجِّلَتْ

    Liʹayyi Yawmin ʹujjilat?

    އެބޭބޭކަލުން ފަސްކުރެވުނީ ކޮންދުވަހަކަށްޓަކައިހެއްޔެވެ؟

  405. 77:13

    لِيَوْمِ ٱلْفَصْلِ

    Li-Yawmil faṣl.

    އެބޭބޭކަލުން ފަސްކުރެވުނީ (އެބަހީ ދުނިޔޭގައި އެބޭކަލުންނާއި އުންމަތްތަކާއިމެދު فَيْصِلَة ނުކުރެވި ލަސްކުރެވުނީ) ކަންތައްތަކަކަށް فَيْصِلَة ކުރައްވައި ހިސާބުބައްލަވާ ދުވަހަކަށެވެ.

  406. 77:14

    وَمَآ أَدْرَىٰكَ مَا يَوْمُ ٱلْفَصْلِ

    Wa-maaa ʹadraaka maa- Yawmul faṣl?

    އަދި އެފަދަ فَيْصِلَة ކުރައްވާ ދުވަހަކީ ކޮން ދުވަހެއްކަން ކަލޭގެފާނަށް އަންގަވައިދެއްވަނީ ކޮންކަމެއްތޯއެވެ؟ (ފަހެ މިފަދަ ސުވާލަކީ އެކަމުގެ މުހިންމުކަމާއި ސީރިއަސްކަން ހާމަކުރެއްވުމަށް ހުންނަ ސުވާލެވެ.)

  407. 77:15

    وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

    Wayluñy Yawmaʹiẓil lilmukaẓẓibeen!

    އަދި ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (وَيْلُ އަކީ ގަދަ ޢަޒާބެވެ. ނުވަތަ ނަރަކައިގެ ވަކި وَادِي އެކެވެ.) ނުވަތަ وَيْلُ އަކީ ހަލާކަށްކިޔާ ނަމެކެވެ. އެބަހީ ދޮގުވެރިންނަށް އެދުވަހުން ހަލާކު ހުއްޓެވެ. މިއެވެ.

  408. 77:16

    أَلَمْ نُهْلِكِ ٱلْأَوَّلِينَ

    ʹAlam nuhlikil ʹawwaleen?

    އިސްވެދިޔަ މީސްތަކުން ތިމަންރަސްކަލާނގެ ހަލާކު ނުކުރަންހެއްޔެވެ؟ (އިސްވެދިޔަ މީހުންނެވެ އެންގެވި ބަސްފުޅުގެ މުރާދަކީ آدَم ގެފާނުއްސުރެ مُحَمَّدُ صَلَّي الله عَلَيه وَسَلَّم އާއި ހަމައަށް އައި އުންމަތުގައި އުޅުނު ރަސޫލު ބޭކަލުން ދޮގުކުރި މީހުންނެވެ. އެމީހުން ހަލާކު ކުރައްވައި މެރުއްވިއެވެ.)

  409. 77:17

    ثُمَّ نُتْبِعُهُمُ ٱلْـَٔاخِرِينَ

    S̤umma nutbiʻuhumul ʹaakhireen.

    ދެންފަހުގެމީހުން އެމީހުންނާއި تَبَعَ ކުރައްވާ ހުށީމެވެ. (އެބަހީ ފަހުގެމީހުންވެސް ރަސޫލާ ދޮގުކޮށްފިއްޔާ އެމީހުންނެކޭ އެއްގޮތަށް ހަލާކު ކުރައްވާހުރީމެވެ. ފަހުގެމީހުންނޭ އެންގެވި ބަސްފުޅުގެމުރާދަކީ مُحمَّد صَلّى الله علَيْه وَسلم ރަސޫކަމާއިގެން ފޮނުއްވިފަހުން ދެންއަންނާނެހާބައެކެވެ. އެމީހުންކުރެ ރަސޫލުދޮގުކުރި މީހުންނެވެ. އޭގެ އެންމެފުރަތަމަބަޔަކީ މައްކާގެ މުޝްރިކުންނެވެ. ދެންވެސް އެފަދަމީހުންނެވެ.)

  410. 77:18

    كَذَٰلِكَ نَفْعَلُ بِٱلْمُجْرِمِينَ

    Kaẓaalika nafʻalu bilmujrimeen.

    މުޖްރިމުންނާއިމެދު ތިމަންރަސްކަލާނގެ ކަންތައްކުރައްވަނީ އެފަދައިންނެވެ.

  411. 77:19

    وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

    Wayluñy Yawmaʹiẓil lil-mukaẓẓibeen!

    ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)

  412. 77:20

    أَلَمْ نَخْلُقكُّم مِّن مَّآءٍ مَّهِينٍ

    ʹAlam nakhlukkum mim maaaʹim maheen?

    އަދި ނިކަމެތިވެގެންވާ ދެރަފެންފޮދަކުން އެބަހީ نُطْفَة އަކުން ތިމަންރަސްކަލާނގެ ކަލޭމެން ނުހައްދަވަމުހެއްޔެވެ؟ އެބަހީ ކަލޭމެންހެއްދެވީ ދެރަފެންފޮދަކުންނެވެ.

  413. 77:21

    فَجَعَلْنَـٰهُ فِى قَرَارٍ مَّكِينٍ

    Fajaʻalnaahu fee q̣araarim makeen,

    ދެން އެ نُطْفَة قرار ވެގެން ރައްކާތެރި ތަނަކަށް ތިމަންރަސްކަލާނގެ ލެއްވީމެވެ. (އެއީ އަންހެންމީހާ رَحِم‘ ގެތެރެއަށެވެ.)

  414. 77:22

    إِلَىٰ قَدَرٍ مَّعْلُومٍ

    ʹIlaa q̣adarim maʻloom?

    އެއީ ކަނޑައެޅި عَين ވެގެންވާ مدت އަކަށެވެ. (އެއީބަލިވެއިނދެ ދުވަސް ފުރެންދެނެވެ.)

  415. 77:23

    فَقَدَرْنَا فَنِعْمَ ٱلْقَـٰدِرُونَ

    Faq̣adarnaa faniʻmal Q̣aadiroon.

    ދެން ތިމަންރަސްކަލާނގެ އެ نُطْفَة މިންވަރުކުރެއްވީމެވެ. (އެބަހީ ގުނަވަންތަކާއި ސިފަތަށް ބަރާބަރުކޮށް ފުރިހަމަ އިންސާނަކަށް މިންވަރުކުރެއްވީމެވެ.) ތިމަންރަސްކަލާނގެއީ މޮޅަށް މިންވަރުކުރަށްވާ ރަސްކަލާނގެއެވެ.

  416. 77:24

    وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

    Wayluñy Yawmaʹiẓil lilmukaẓẓibeen!

    ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)

  417. 77:25

    أَلَمْ نَجْعَلِ ٱلْأَرْضَ كِفَاتًا

    ʹAlam najʻalil ʹarḍa kifaataa,

    ،(26)،(27) ދިރޭތަކެއްޗާއި މަރުވާތަކެތި ޖަމާކޮށް އެއްކުރާތަނެއްކަމުގައި ތިމަންރަސްކަލާނގެ ބިންގަނޑު ނުލައްވަންހެއްޔެވެ؟ (އެބަހީ އެދެވައްތަރު ޖަމާކޮށް އެއްކުރާ ތަނެއްކަމުގައި ތިމަންރަސްކަލާނގެ ބިންގަނޑު ލެއްވީމެވެ. އެއީ ދިރޭ އެންމެހާ ތަކެތި ބިންގަނޑުމަތީގައި އަދި މަރުވާތަކެތި ބިމުގެ ބަނޑުގައި (ބިމުގެ ތެރޭގައި) ޖަމާކުރެއްވީމެވެ.) އަދި އެބިމުގައި އުސް ފަރުބަދަތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި މީރުފެން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބޯންދެއްވަމެވެ.

  418. 77:26

    أَحْيَآءً وَأَمْوَٰتًا

    ʹAḥyaaaʹañw Waʹamwaataa,

    ،(26)،(27) ދިރޭތަކެއްޗާއި މަރުވާތަކެތި ޖަމާކޮށް އެއްކުރާތަނެއްކަމުގައި ތިމަންރަސްކަލާނގެ ބިންގަނޑު ނުލައްވަންހެއްޔެވެ؟ (އެބަހީ އެދެވައްތަރު ޖަމާކޮށް އެއްކުރާ ތަނެއްކަމުގައި ތިމަންރަސްކަލާނގެ ބިންގަނޑު ލެއްވީމެވެ. އެއީ ދިރޭ އެންމެހާ ތަކެތި ބިންގަނޑުމަތީގައި އަދި މަރުވާތަކެތި ބިމުގެ ބަނޑުގައި (ބިމުގެ ތެރޭގައި) ޖަމާކުރެއްވީމެވެ.) އަދި އެބިމުގައި އުސް ފަރުބަދަތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި މީރުފެން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބޯންދެއްވަމެވެ.

  419. 77:27

    وَجَعَلْنَا فِيهَا رَوَٰسِىَ شَـٰمِخَـٰتٍ وَأَسْقَيْنَـٰكُم مَّآءً فُرَاتًا

    Wa-jaʻalnaa feehaa rawaasiya shaamikhaatiñw waʹasq̣aynaakum maaaʹañ furaataa?

    ،(26)،(27) ދިރޭތަކެއްޗާއި މަރުވާތަކެތި ޖަމާކޮށް އެއްކުރާތަނެއްކަމުގައި ތިމަންރަސްކަލާނގެ ބިންގަނޑު ނުލައްވަންހެއްޔެވެ؟ (އެބަހީ އެދެވައްތަރު ޖަމާކޮށް އެއްކުރާ ތަނެއްކަމުގައި ތިމަންރަސްކަލާނގެ ބިންގަނޑު ލެއްވީމެވެ. އެއީ ދިރޭ އެންމެހާ ތަކެތި ބިންގަނޑުމަތީގައި އަދި މަރުވާތަކެތި ބިމުގެ ބަނޑުގައި (ބިމުގެ ތެރޭގައި) ޖަމާކުރެއްވީމެވެ.) އަދި އެބިމުގައި އުސް ފަރުބަދަތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި މީރުފެން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބޯންދެއްވަމެވެ.

  420. 77:28

    وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

    Wayluñy Yawmaʹiẓil lilmukaẓẓibeen!

    ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)

  421. 77:29

    ٱنطَلِقُوٓا۟ إِلَىٰ مَا كُنتُم بِهِۦ تُكَذِّبُونَ

    ʹIñṭaliq̣ooo ʹilaa maa- kuñtum̃ bihee tukaẓẓiboon:

    (مَحْشَر ގެ މައިދާނުގައި قِيَامة ދުވަހާއި ނަރަކަ ދޮގުކުރި މީހުންނަށް އެންގޭނެއެވެ.) ތިޔަބައިމީހުން (ދުނިޔޭގައި ތިބިއިރު) އެއެއްޗެއް ދޮގުކުރި އެއްޗާއި ދިމާއަށް ތިޔަބައިމީހުން ދާށެވެ.

  422. 77:30

    ٱنطَلِقُوٓا۟ إِلَىٰ ظِلٍّ ذِى ثَلَـٰثِ شُعَبٍ

    ʹIñṭaliq̣ooo ʹilaa z̤̣illiñ ẓee s̤alaas̤i shuʻab.

    ނަރަކައިގެ ތިންބަޔަކަށް ބެހިފައިވާ ދުންގަނޑުގެ ހިޔަލަށް ކަލޭމެންދާށެވެ.

  423. 77:31

    لَّا ظَلِيلٍ وَلَا يُغْنِى مِنَ ٱللَّهَبِ

    laa-Laa z̤̣aleeliñw wa yug̣nee minal lahab.

    އެހިޔަލުގައި އެއްވެސް ފިނިކަމެއް އަދި ނަރަކައިން އަރާ ހޫނު އަލިފާންގަޑުން ލުއިކަމެއް ފުއްދައިދިނުމެއްނުވެއެވެ.

  424. 77:32

    إِنَّهَا تَرْمِى بِشَرَرٍ كَٱلْقَصْرِ

    ʹInnahaa tarmee bisharariñ kalq̣aṣr,

    ހަމަކަށަވަރުން އެނަރަކަ ބޮޑެތި ބިލްޑިންގުވަރުގެ ކަނި (ހުޅުގަނޑު) އުކާނެއެވެ.

  425. 77:33

    كَأَنَّهُۥ جِمَـٰلَتٌ صُفْرٌ

    Kaʹannahoo jimaalatuñ ṣufr.

    އެވައްތަރުވާނީ ކަޅު ނުވަތަ ކަޅުކުލައިގެ ޖަމަލުތަކަކާއެވެ.

  426. 77:34

    وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

    Wayluñy Yawmaʹiẓil lilmukaẓẓibeen!

    ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.) ދަންނައެވެ. ތެއްތިރީސްވަނަ އާޔަތުގައިވާ جِمَا لَتٌ صُفْرٌމިދެކަލިމައިން ކުރެ صُفْرٌ މިކަލިމަޔާމެދު ތަފްސީރު ޢިލްމުވެރިންގެ މެދުގައި ބަސްތަފާތުވެފައިވެއެވެ. އެއީ ކަޅުކުލަޔާ ދޮންކުލަޔާމެދުގައެވެ. ބައެއްބޭކަލުން ވިދާޅުވަނީ އެއީ ކަޅުކުލަ ކަމަށެވެ. އަނެއްބައިބޭކަލުން ވިދާޅުވަނީ އެއި ދޮން ކުލަ ކަމަށެވެ. ވީމާ މި ބަޙުޘް ހިނގާފައިވާވާހަކަ ހަނދާންކޮށްލަމެވެ.

  427. 77:35

    هَـٰذَا يَوْمُ لَا يَنطِقُونَ

    Haaẓaa Yawmu laa- yañṭiq̣oon,

    މިއަދު މިޤިޔާމަތްދުވަހަކީ އެމީހުން އެބަހީ ނަރަކަވަންތަވެރިން ވާހަކަނުދައްކާނެދުވަހެވެ. ބަސްނުބުނާނެއެވެ. އެމީހުން ވާހަކަދައްކާކަށް ކުޅަދާނަނުވާނެއެވެ. އަގަތަކުގައިވާނީ ސިއްކަޖެހެވި ބަންދުކުރެވިފައެވެ. އަދި އޭރު ހިސާބު ބައްލަވާނިމިގެން ނަރަކައަށްވައްދަވަނީއެވެ.

  428. 77:36

    وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ

    Wa-laa yuʹẓanu lahum fayaʻtaẓiroon.

    އަދި އެމީހުން ބަހަނާދައްކާ ޢުޒުރުވެރިވާކަށް އިޒުނަ ނުލިބޭނެއެވެ. ޢުޒުރުވެރިވެވޭނީވެސް އެހެންނަމަތާއެވެ.

  429. 77:37

    وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

    Wayluñy Yawmaʹiẓil lilmukaẓẓibeen!

    ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)

  430. 77:38

    هَـٰذَا يَوْمُ ٱلْفَصْلِ ۖ جَمَعْنَـٰكُمْ وَٱلْأَوَّلِينَ

    Haaẓaa Yawmul Faṣl! Jamaʻnaakum wal-ʹawwaleen!

    (އެދުވަހު ނަރަކަވަންތަވެރި ދޮގުވެރިންނަށް އެންގޭނެއެވެ.) މިއަދަކީ މިއީ فَيْصِلَة ކުރާ ދުވަހެވެ. ކަލޭމެންނާއި އެބަހީ مُحَمد صَل الله عَلَيه وَسَلمَ އުއްމަތުގެ މީހުންނާއި އަދި އިސްވެދިޔަ أمة ތަކުގައިވެސް ތިބިއެންމެހާ ދޮގުވެރިން ތިމަންރަސްކަލާނގެ ޖަމާކުރައްވާދުވަހެވެ.

  431. 77:39

    فَإِن كَانَ لَكُمْ كَيْدٌ فَكِيدُونِ

    Faʹiñ kaana lakum kayduñ fakeedoon!

    ދެން ފަހެ ތިމަންރަސްކަލާނގެ އަތްދަށުން މިއަދު عَذابُ އާއި ހަލާކުން ކަލޭމެން ފިލައިގެންދިއުމަށް ކަލޭމެން ހަދާނެމަކަރެއް އަދި ހީލަތެއްއޮތިއްޔާ ނިކަންހަދައިބަލާށެވެ. (އެއްވެސް މަކަރެއް ހީލަތެއް ނުހެދޭނެއެވެ.)

  432. 77:40

    وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

    Wayluñy Yawmaʹiẓil lilmukaẓẓibeen!

    ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)

  433. 77:41

    إِنَّ ٱلْمُتَّقِينَ فِى ظِلَـٰلٍ وَعُيُونٍ

    ʹInnal Muttaq̣eena fee z̤̣ilaaliñw waʻuyoon,

    ހަމަކަށަވަރުން تَقْوَى ވެރިން އެދުވަހުން ތިބޭނީ ބޮޑެތިގަސްގަހާއި ގަޑުވަރުތަކުގައި ހިޔަލުގައެވެ، އެކިޒާތް ޒާތުގެ މީރު ބުއިމުގެ އާރުތަކުން ބުއިމާ މަޖާނެގުމުގައެވެ.

  434. 77:42

    وَفَوَٰكِهَ مِمَّا يَشْتَهُونَ

    Wa-fawaakiha mimmaa yashtahoon.

    އެމީހުން ހިތްއެދޭވައްތަރެއްގެ ކެއުމާއި އުފާކުރުމުގައެވެ.

  435. 77:43

    كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَا كُنتُمْ تَعْمَلُونَ

    Kuloo washraboo haneeeʹam bimaa kuñtum taʻmaloon.

    (އެދުވަހުން އެމީހުންނަށް ނިދާއިއްވެވޭނެއެވެ.) ކަލޭމެން ދުނިޔޭގައިކުރި ހެޔޮޢަމަލުގެ ސަބަބުން މިއަދު ހިތްފަސެހަކަމާއިއެކު ކައިބޮއިހަދާށެވެ.

  436. 77:44

    إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

    ʹInnaa kaẓaalika najzil Muḥsineen.

    ހަމަކަށަވަރުން އިޙްސާން ތެރިން ނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ.

  437. 77:45

    وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

    Wayluñy Yawmaʹiẓil lil-Mukaẓẓibeen!

    ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)

  438. 77:46

    كُلُوا۟ وَتَمَتَّعُوا۟ قَلِيلًا إِنَّكُم مُّجْرِمُونَ

    Kuloo wa-tamattaʻoo q̣aleelan ʹinnakum mujrimoon.

    (އެ މުޝްރިކުންނަށް މިދުނިޔޭގައި އެންގޭނެއެވެ.) ކަލޭމެން ކުޑަކޮށް ކައިބޮއިހަދާ އަރާމުކޮށް ހަދާށެވެ. ހަމަކަށަވަރުން ކަލޭމެންނަކީ ކުށްވެރިންނެވެ. (އިސްވެދިޔަ عِبَارة އަކީ އަމުރެއް ގޮތަށް އޮތް عِبَارة އެއްނަމަވެސް އެއިން މުރާދު ކުރެވެނީ ބިރުވެރިކަމާ އިންޒާރެވެ.)

  439. 77:47

    وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

    Wayluñy Yawmaʹiẓil lil-Mukaẓẓibeen!

    ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)

  440. 77:48

    وَإِذَا قِيلَ لَهُمُ ٱرْكَعُوا۟ لَا يَرْكَعُونَ

    Wa-ʹiẓaa q̣eela lahumur kaʻoo laa- yarkaʻoon.

    ކަލޭމެން رُكُوعُ ކުރާށޭ - އެބަހީ ނަމާދުކުރާށޭ - އެމީހުންނަށް ބުނެވިއްޖެއްޔާ އެމީހުން ނަމާދުކުރާނެއެވެ. رُكُوعُ ނުކުރާނެއެވެ.

  441. 77:49

    وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

    Wayluñy Yawmaʹiẓil lil-Mukaẓẓibeen!

    ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)

  442. 77:50

    فَبِأَىِّ حَدِيثٍۭ بَعْدَهُۥ يُؤْمِنُونَ

    Fabiʹayyi Ḥadees̤im baʻdahoo yuʹminoon?

    ފަހެ އެމީހުން މި قُرْآن ތެދުނުކޮށްފާ ދެން ތެދުކުރާނީ ކޮންވާހަކައެއް ބާވައެވެ؟