Back to Quran

ސޫރަތްތައް 84

Al-Inshiqaq

The Sundering · Makki · 25 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    إِذَا ٱلسَّمَآءُ ٱنشَقَّتْ

    ʹIẓas Samaaaʹuñ shaq̣q̣at,

    އުޑު ފަޅަފަޅައިގެންގޮސް ކުދި ކުދި ވެއްޖެއްޔާ، (މިއީ ޤިޔާމަތް ވުމާއި ގުޅިގެންނެވެ. މިޝަރުތުގެ ޖަވާބު ވަނީ حَذف ވެގެންނެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އޭގެ ޖަވާބު އަކީ فَمُلاَقِيَة ކަމަށެވެ. އެބަހީ ޤިޔާމަތް ވެއްޖެއްޔާ އިންސާނާ އޭނާކުރި ޢަމަލު އޭނާޔާ ބައްދަލުވާނެ ކަމަށެވެ. އަދި އެހެން ގޮތްގޮތަށްވެސް ކިއިފައިވެއެވެ.) وَالله أَعْلَمُ

  2. 2

    وَأَذِنَتْ لِرَبِّهَا وَحُقَّتْ

    Wa-ʹaẓinat li-Rabbihaa wa-ḥuq̣q̣at;

    އަދި އެ އުޑު އެ އުޑުގެވެރި رَبُّ ގެ އަމުރުފުޅު އަހައި ކިޔަމަންތެރި ވެއްޖެއެވެ. އަދި ކިޔަމަންތެރިވުން އުޑަށް ޙައްޤުވެއްޖެއެވެ.

  3. 3

    وَإِذَا ٱلْأَرْضُ مُدَّتْ

    Wa-ʹiẓal ʹarḍu muddat,

    އަދި ބިންގަނޑު ފެތުރި ދެމެވެއްޖެއްޔާ (މި ޝަރުތުގެ ޖަވާބަކީވެސް فَمُلاَقِيَة އެވެ. އެބަހީ ޤިޔާމަތް ވެއްޖެއްޔާ އިންސާނާ ކުރި ޢަމަލު އޭނާއި ބައްދަލުވާނެއެވެ.)

  4. 4

    وَأَلْقَتْ مَا فِيهَا وَتَخَلَّتْ

    Waʹalq̣at maa- feehaa wa-takhallat,

    އަދި ބިމުގެ ތެރޭގައިވާހާ އެއްޗެއް ނެރެ އެބިން އުކައިލައިފިއްޔާ

  5. 5

    وَأَذِنَتْ لِرَبِّهَا وَحُقَّتْ

    Wa-ʹaẓinat li-Rabbihaa wa-ḥuq̣q̣at.

    އަދި އެބިން އެ ބިމުގެވެރި رَبُّ ގެ އަމުރުފުޅު އަހައި ކިޔަމަންތެރި ވެއްޖެއެވެ. އަދި އެކަލާނގެ ބަސްފުޅު އަހައި ކިޔަމަންތެރިވުން އެބިމަށް ޙައްޤު ވެގެންވެއެވެ.

  6. 6

    يَـٰٓأَيُّهَا ٱلْإِنسَـٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَـٰقِيهِ

    Yaaaʹayyuhal ʹiñsaanu ʹinnaka kaadiḥun ʹilaa Rabbika kad-ḥañ famulaaq̣eeh.

    އޭ އިންސާނާއެވެ. ހަމަކަށަވަރުން ކަލޭ ކަލޭގެ رَبُّ ގެ ޙަޟްރަތަށް ދިއުމަށް މަސައްކަތްކޮށް ވަރުބަލިވަމުމުއެވެ. ދެންފަހެ ކަލޭ ދުނިޔޭގައި ކޮށްފައިވާހާ ޢަމަލެއް ކަލެޔާ ބައްދަލުވާހުއްޓެވެ.

  7. 7

    فَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ بِيَمِينِهِۦ

    Faʹammaa man ʹootiya Kitaabahoo biyameenih.

    ދެންފަހެ އެމީހާގެ ޢަމަލުގެ ފަތް އެމީހާގެ ކަނާތަށް ދެވިއްޖެ މީހާ ދަންނާށެވެ.

  8. 8

    فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا

    Fasawfa yuḥaasabu ḥisaabañy yaseeraa,

    ފަހެ އޭނާޔާމެދު ދާދި ފަސޭހަ ލުއި ގޮތަކަށް ހިސާބު ބެއްލެވޭނެވެ.

  9. 9

    وَيَنقَلِبُ إِلَىٰٓ أَهْلِهِۦ مَسْرُورًا

    Wa-yañq̣alibu ʹilaaa ʹahlihee masrooraa.

    އަދި (ސުވަރުގޭގައި ތިބި) އޭނާގެ އަހުލުވެރިންގެ ގާތަށް އޭނާ އެނބުރި ދާނީ އުފާ ފާގަތިވެގެންނެވެ.

  10. 10

    وَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ وَرَآءَ ظَهْرِهِۦ

    Wa-ʹammaa man ʹootiya Kitaabahoo wa-raaaʹa z̤̣ahrih,

    އަދި އެމީހެއްގެ ފަތް އެމީހެއްގެ ބުރަކަށި ފަރާތުން ދެވިއްޖެމީހާ ދަންނައެވެ.

  11. 11

    فَسَوْفَ يَدْعُوا۟ ثُبُورًا

    Fasawfa yadʻoo s̤ubooraa,

    ފަހެ ނިކަންހުރެ އޭނާގޮވާނެއެވެ. އޭހުރި ހަލާކެއްގެ ބޮޑުކަމާއެވެ.

  12. 12

    وَيَصْلَىٰ سَعِيرًا

    Wa-yaṣlaa Saʻeeraa.

    އަދި އޭނާ ނަރަކަޔަށް ލެވޭނެއެވެ. އަދި އެތާގެ ގަދަ ޢަޒާބުގެ ރަހަ ލިބިގަންނާނެއެވެ.

  13. 13

    إِنَّهُۥ كَانَ فِىٓ أَهْلِهِۦ مَسْرُورًا

    ʹInnahoo kaana feee ahlihee masrooraa.

    ހަމަކަށަވަރުން ދުނިޔޭގައި އުޅުނުއިރު އޭނާގެ އަހުލުވެރިންނާއިއެކު އޭނާ އުޅުނީ ވަރަށް އުފާވެރިކަމާއި މަޖާނެގުމުގައެވެ. (އާޚިރަތްދުވަސް އައުމުގެ އެއްވެސް ޚިޔާލެއްނުކުރެއެވެ.)

  14. 14

    إِنَّهُۥ ظَنَّ أَن لَّن يَحُورَ

    ʹInnahoo z̤̣anna ʹal lañy yaḥoor!

    ހަމަކަށަވަރުން އޭނާހީކުރީ (ﷲ ގެ حَضْرَةُއަށް) އޭނާ އެނބުރި ނުދާނޭކަމަށެވެ. އޭނާ مَحْشَرُ އަށް ނުފޮނުއްވާނޭކަމަށެވެ.

  15. 15

    بَلَىٰٓ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرًا

    Balaaa ʹinna Rabbahoo kaana bihee Baṣeeraa!

    އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އޭނާވެސް مَحْشَرُ ކުރެވޭނެއެވެ. ހަމަކަށަވަރުން އޭނާހައްދަވާ ބޮޑުކުރެއްވި رَبُّ އޭނާގެއެންމެހައި ޢަމަލުތަކާއި ޙާލުތައް ދެނެވޮޑިގެންވާކަމުގައި ވިއެވެ.

  16. 16

    فَلَآ أُقْسِمُ بِٱلشَّفَقِ

    Falaaa ʹuq̣simu bish-Shafaq̣;

    ރަތްވިލާ ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.

  17. 17

    وَٱلَّيْلِ وَمَا وَسَقَ

    Wallayli wa-maa wa-saq̣;

    އަދި ރޭގަޑާއި ރޭގަދު ޖަމާކުރިހާއެއްޗަކާއި (ދުވާލު ނުކުމެއުޅުނު ހުރިހާދިރޭތަކެތި ރޭގަޑުވުމުން އެސޮރުމެން އެސޮރުމެންގެ ޖަގަހައަށް ޖަމާވާނެއެވެ.)

  18. 18

    وَٱلْقَمَرِ إِذَا ٱتَّسَقَ

    Wal-Q̣amari ʹiẓat tasaq̣;

    އަދި ހަދުފުރިހަމަވެއްޖެއްޔާ (ވަށްވެއްޖެއްޔާ) މިތިންއެތި ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.

  19. 19

    لَتَرْكَبُنَّ طَبَقًا عَن طَبَقٍ

    Latarkabunna ṭabaq̣an ʻañ ṭabaq̣.

    ހަމަކަށަވަރުން ކަލޭމެން އެއްޙާލަތަކުން އަނެއްޙާލަތަކަށް ބަދަލުވާނެއެވެ. (ދިރިއުޅުމަށްފަހު މަރުވުމަށް ދެން ކަށްވަޅަށް ދެން مَحْشَرُ އަށް ދެންސުވަރުގެއަށް ނުވަތަ ނަރަކައަށް ދެންމިހެން......) އަދިމިނޫން ގޮތްގޮތަށްވެސް مُفِسِّرُ ން ވިދާޅުވެއެވެ.

  20. 20

    فَمَا لَهُمْ لَا يُؤْمِنُونَ

    Famaa lahum laa- yuʹminoon,

    މިހެންވީއިރު އެމީހުން އީމާން ނުވަނީ އަދިނުވާންވީ ކީއްބާވައެވެ؟

  21. 21

    وَإِذَا قُرِئَ عَلَيْهِمُ ٱلْقُرْءَانُ لَا يَسْجُدُونَ ۩

    Wa-ʹiẓaa q̣uriʹa ʻalayhimul Q̣urʹaanu laa- yasjudoon?

    އަދިއެމީހުންގެމައްޗަށް قُرْآن ކިޔެވިއްޖެއްޔާ އެމީހުން ސަޖިދަނުކުރެއެވެ. ބިރުވެތިނުވެއެވެ.

  22. 22

    بَلِ ٱلَّذِينَ كَفَرُوا۟ يُكَذِّبُونَ

    Balil laẓeena kafaroo yukaẓẓiboon.

    އަދި ކިއެއްހެއްޔެވެ. ކާފަރުންގެމީހުން (قُرْآن އާއި ރަސޫލު) ދޮގުކުރަނީއެވެ.

  23. 23

    وَٱللَّهُ أَعْلَمُ بِمَا يُوعُونَ

    Wallaahu ʹAʻlamu bimaa yooʻoon.

    އަދިއެމީހުންގެ ހިތުގެތެރޭގައި ވަންހަނާކޮށްފައިވާތަކެއްޗާއި ކަންތައްތައް الله ދެނެވޮޑިގަތުންބޮޑެވެ

  24. 24

    فَبَشِّرْهُم بِعَذَابٍ أَلِيمٍ

    Fabashshirhum̃ biʻAẓaabin ʹaleem,

    ފަހެއެމީހުންނަށް ވޭންދެނިވި عَذَابُ އެއްހުރިކަމުގެ خَبَرُ ކަލޭގެފާނު އެމީހުންނަށް ދެއްވާށެވެ!

  25. 25

    إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍۭ

    ʹIllal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati lahum ʹAjrun g̣ayru mamnoon.

    އެމީހުންގެތެރެއިން އީމާންވެގެން صَالِحُ عَمَلُ ކުރިމީހުނަށްމެނުވީ އެވެ. ފަހެ އެފެދަ صَالِحُ عَمَلُ ކުރިމީހުނަށްހުރީ މަދުވުމެއް ނެތް ކެޑިދިއުމެއްނެތް ދަރުމައާއި ثَوَابُ އެވެ.