-
1
وَٱلْفَجْرِ
Wal-Fajr;
ފަތިސްވަގުތު ގަންދެއްވައި الله ހުވައި وَحيކުރައްވައެވެ.
-
2
وَلَيَالٍ عَشْرٍ
Wa-Layaalin ʻashr;
حَجُّ މަހުގެފުރަތަމަ ދިހަރޭ ގަންދެއްވައި الله ހުވައި وَحيކުރައްވައެވެ.
-
3
وَٱلشَّفْعِ وَٱلْوَتْرِ
Wash-Shafʻi wal-watr;
ޖޯޑުޖޯޑަށްވާ ކޮންމެއެއްޗަކާއި އަދި ބިޖޯޑަށްވާކޮންމެއެއްޗަކާއި ގަންދެއްވައި الله ހުވައި وَحيކުރައްވައެވެ
-
4
وَٱلَّيْلِ إِذَا يَسْرِ
Wallayli ʹiẓaa yasr;
އަދި ވޭތިވެގެންދާ ރޭގަނޑު ގަންދެއްވައި الله ހުވައި وَحيކުރައްވައެވެ.
-
5
هَلْ فِى ذَٰلِكَ قَسَمٌ لِّذِى حِجْرٍ
Hal fee ẓaalika q̣asamul liẓee ḥijr?
ފަހެ މިކަންކަމުގައި ބުއްދީގެ ވެރިއަކަށް ބޮޑުވެގެންވާ ހުވައެއް ނުވޭބާވައެވެ. (ވާކަން ކަށަވަރެވެ.)\n• ދަންނައެވެ. މިސޫރަތުގެ ކުރީ ހަތަރު އާޔަތުގަގައި އެވާ ހަތަރު އެއްޗަކާއިމެދު مُفَسِّرُ ންގެ ބަސްތަފާތުވެގެންވެއެވެ. އަޅުގަޑުލިޔެފައި އެވަނީ އެންމެ މަސްހޫރު ހަތަރުމާނައެވެ. وَالله أعلم.
-
6
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ
ʹAlam tara kayfa faʻala Rabbuka biʻAad,―
ފަހެ عَادُ ބާގައިގެ މީހުންނާއިމެދު ކަލޭގެފާނުންގެ رَبُّ ކަންތައްކުރެއްވީ ކޮންފަދައަކުންކަން ކަލޭގެފާނު ވިސްނާ ފިކުރު ނުކުރައްވަންތޯއެވެ؟ (އެމީހުން ނުކިޔަމަންތެރިވީ ހިދުން އެކަލާނގެ އެމީހުން ހަލާކު ކުރެއްވީއެވެ.) عَادُ ބާގައިގެމީހުންނަކީ ސަލާމު ލެއްވި هُودُ ގެފާނުންގެ ޤައުމުގެމީހުންނެވެ.
-
7
إِرَمَ ذَاتِ ٱلْعِمَادِ
ʹIrama Ẓaatil ʻimaad,
އެމީހުން އުޅުނުތަނަށް ކިޔަނީ إرَمُ އެވެ. އެއީ ބޮޑެތި ތަނބު ތަނބު ޖަހައިގެން ގެއެޅިބައެކެވެ. (ނުވަތަ އެއިން މީހެއްގެ އިސްކޮޅު ތަނބެއްފަދައެވެ. އެއިން މީހެއްގައި ބާރަމުށް ހުންނަކަމުގައި ވިއެވެ.
-
8
ٱلَّتِى لَمْ يُخْلَقْ مِثْلُهَا فِى ٱلْبِلَـٰدِ
ʹAllatee lam yukhlaq̣ mis̤luhaa fil bilaad?
އެފަދަވަރުގަދަ ރަށެއް އެޒަމާނުގައި އެހެންތާކު ނެތްކަމުގައި ވިއެވެ. އެފަދަމިސާލެއް އެހެން ރަށަކު ނެތްކަމުގައި ވިއެވެ. ދެންފަހެ އެމީހުންވެސް ނުކިޔަމަންތެރިވީހިދުން ﷲ އެމީހުންވެސް ހަލާކު ކުރެއްވީއެވެ. ގަދަވައެއްފޮނުއްވައި އެމީހުން ހަލާކު ކުރެއްވީއެވެ. މަރުވެދިޔައީއެވެ. އެވައި އައިސް ކޮންމެމީހަކު އެތައް އިސްކޮޅަކަށް އުފުލައި އުގުރުވަތަށް ބިމަށް ޖަހާކަމުގައި ވިއެވެ. ދެންއޮންނަނީ ކަނދުރާބިދި މަރުވެފައެވެ. والعياذ بالله.....
-
9
وَثَمُودَ ٱلَّذِينَ جَابُوا۟ ٱلصَّخْرَ بِٱلْوَادِ
Wa-S̤amoodal laẓeena jaabuṣ ṣakhra bil-waad?
އަދި ثَمُودُ ބާގައިގެމީހުންނަށް ކަލޭގެފާނުންގެ رَبُّ ކަންތަށް ކުރެއްވި ގޮތާއިމެދު ވިސްނާ ފިކުރު ކޮށް ޢިބްރަތް ހާސިލު ނުކުރައްވާނޭ ތޯއެވެ؟ ثَمُودُ ބާގައިގެ މީހުންނަކީ سَلام ލެއްވި صَالح ގެ ފާނުންގެ ޤައުމުގެ މީހުންނެވެ. އެމީހުންނަކީ ފަރުބަދަ ކޮނެ ފޮފަ ނަގައިގެން ފަރުބަދައެއީ ގެދޮރު ކަމުގައި ހެދި މީހުންނެވެ. ހިލަ ކޮށައި ހެދިމީހުންނެވެ. އެއީ مَدَائن ކިޔާ ތަނެކެވެ. ގަދަފަދަ ބާރުގަދަ ބައެކެވެ. މިމީހުންވެސް ނުކިޔަމަންތެރި ވީހިދުން ﷲ ހަލާކު ކުރެއްވީއެވެ. އެމީހުންނަށް ފޮނުއްވީ ގަދަ އަޑުފަށެކެވެ. އެއަޑު ފަށްގަދަކަމުން ފިއްކެނޑިގެންގޮސް މަރުވެ ތަންޑާވީއެވެ.
-
10
وَفِرْعَوْنَ ذِى ٱلْأَوْتَادِ
Wa-Firʻawna ẓil ʹawtaad?
އަދި ކަޑަތަކުގެ ވެރި فِرْعَون އާއި މެދު ﷲ ކަންތަށްކުރެއްވި ގޮތް ނުބަލަނީތޯއެވެ؟ އެޔާމެދު ފިކުރުކޮށް ޢިބުރަތް ޙާޞިލް ނުކުރަނީބާވައެވެ. فِرْعَون އަށް ކަޑަތަކުގެ ވެރި فِرْعَون އޭ ކިޔުނީ އޭނާ މީހުންމަރާއިރު ހަތަރު ކަޑަ ގެންގުޅޭކަމުގައި ވެއެވެ. ހަތަރު ކަޑަޖަހައި ހަތަރެސްފައި ހަތަރު ކަޑައަށް އައްސައި މޭމައްޗަށް ބަރު ހިލައަރުވައި މީހުންމަރާކަމުގައިވިއެވެ. އަދި އެހެން ގޮތްގޮތައްވެސް ކިޔޭކަމުގައި ވިއެވެ.
-
11
ٱلَّذِينَ طَغَوْا۟ فِى ٱلْبِلَـٰدِ
ʹAllaẓeena ṭag̣aw fil bilaad.
މިބަޔާންވެދިޔަ މީސްމީހުންނާއި ޤައުމު ތަކަކީ (عَادُ ބާގައިގެ މީހުންނާއި ثَمُودُ ބާގައިގެ މީހުންނާއި فِرْعَون އާއި އޭނާގެ ޤައުމު) މިމީހުންނަކީ އެމީހުންއުޅުނު ތަންތަން ފަސާދަކޮށް ނުކިޔަމަންތެރިކަމާއި ބޮޑާކަމުގައި ހައްދު ފަހަނަޅައިގެން ދިޔަބަޔެކެވެ.
-
12
فَأَكْثَرُوا۟ فِيهَا ٱلْفَسَادَ
Faʹaks̤aroo fihal fasaad.
އެމީސްމީހުން އެރަށްރަށުގައި ނުލަފާކަންތަކާއި ފަސާދަކުރުންތައް ގިނަ ކުރީއެވެ.
-
13
فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ
Faṣabba ʻalayhim Rabbuka sawṭa ʻaẓaab:
ދެންފަހެ ކަލޭގެފާނުންގެ رَبُّ އެމީހުންނަށް ގަދަވެގެންވާ عَذَابُ ދެއްކެވިއެވެ.
-
14
إِنَّ رَبَّكَ لَبِٱلْمِرْصَادِ
ʹInna Rabbaka labilmirṣaad.
ދެންފަހެ ކަލޭގެފާނުންގެ رَبُّ ވަނީ ކޮންމެ މީހަކު ކުރާކަމަކަށް ރަނގަޅަށް ބައްލަވާ ވޮޑިގަތުން މަތީގައެވެ. (އޭ މިތިބަ ޤުރައިޝުންނޭވެ. (މިހާރުތިބި މީސްތަކުންނޭވެ!) ބަސްނޭހީވިއްޔާ ކަލޭމެނައްވެސް ހަމަ އެފަދަގޮތެއްވެދާނެއެވެ.)
-
15
فَأَمَّا ٱلْإِنسَـٰنُ إِذَا مَا ٱبْتَلَىٰهُ رَبُّهُۥ فَأَكْرَمَهُۥ وَنَعَّمَهُۥ فَيَقُولُ رَبِّىٓ أَكْرَمَنِ
Faʹammal ʹiñsaanu ʹiẓaa mab talaahu Rabbuhoo faʹakramahoo wa-naʻ-ʻamah, fayaq̣oolu Rabbeee ʹakraman.
އިންސާނާގެ ޙާލުދަންނައެވެ. އޭނާގެ رب އޭނާ إمْتِحَانُ ކުރެއްވުމައްޓަކައި އޭނާއަށްމާތްކޮށް ހިއްތަވައި އަދި نِعْمَة ދެއްވައިފިއްޔާ އޭނާބުނާނެއެވެ. އަހުރެންގެ رب އަހުރެންނަށް މާތްކޮށް ހިއްތަވައިފިއެވެ. ދެންވަރަށް ގަޔާވާނެއެވެ. • އޭނާ ހީކުރާނީ އެނާގެ ރަނގަޅުކަމުން الله އޭނާއަށް كَرَامَة ދެއްވަނީ ކަމަށެވެ. މުދަލަށްވެސް އޭނާ ޙައްޤުވާތީ އޭނައަށް ގިނަމުދަލާއި نِعْمَة ދެއްވަނީ ކަމަށެވެ. ނަމަވެސް އެއީ އެއްގޮތަކަށްވެސް އެހެންވާކަމެއްނޫނެވެ. އެއީ ހަމަ إمْتِحَانُ އެވެ. ދެންއެވަގުތު އޭނާ الله އަށް ޝުކުރު ކުރަން ހަދާންނެތިއްޖެނަމަ އޭނާފެއިލްވާނެއެވެ.
-
16
وَأَمَّآ إِذَا مَا ٱبْتَلَىٰهُ فَقَدَرَ عَلَيْهِ رِزْقَهُۥ فَيَقُولُ رَبِّىٓ أَهَـٰنَنِ
Wa-ʹammaaa ʹiẓaa mab talaahu faq̣adara ʻalayhi rizq̣ah, fayaq̣oolu Rabbeee ʹahaanan.
އަދި ދަންނައެވެ. އެއިންސާނާ إمْتِحَانُ ކުރެއްވުމަށްޓަކައި އޭނާގެ رب އޭނާގެ ރިޒުޤު މަދުކުރައްވައި ދަތިކުރައްވައި ދެރަކުރައްވައިފިއްޔާ އެނާބުނާނެއެވެ. އަހުރެންގެ رب އަހުރެންނަށް އިހާނެތިކޮށް ހިއްތަވައިފިއެވެ. މިއެވެ. • ދަންނައެވެ. މިފަދަމީހުންނަކީ ތިމާމެންގެ އީމާންކަން ފުރިހަމަނޫންމީހުންނެވެ. މިހެނީ ދުނިޔޭގައި އުޅުންފަސޭހަވެ އަތްމަތި ތަނަވަސްވުމަކީ ﷲ ގެ كَرَامَة ހުރިކަމުގެދަލީލެއްނޫނެވެ. އަދި އަތްމަތިދަތިވެ ފަގީރުވުމަކީ ﷲގެ ކޯފާޔާއި ޢަޒާބުގެ ދަލީލެއް ނޫނެވެ. އެއީ ހަމައެކަނި މުއްސަނދި މީހާ ޝުކުރު ކުރޭތޯ ބެއްލެވުމާއި ފަގީރުމީހާ ކެއްތެރިވޭތޯ ބެއްލެވުމެކެވެ. އަދިވެސް އެކަލާނގެ ދެނެވޮޑިގެންވާ ކަންތައްތަކެއްވެއެވެ.
-
17
كَلَّا ۖ بَل لَّا تُكْرِمُونَ ٱلْيَتِيمَ
Kallaa bal laa tukrimoonal yateem.
އިންސާނާ އެ ދެ ހާލުގައިވެސް (އެބަހީ ފަސޭހަކަމާއި އަތްމަތި ދަތިކަމުގައިވެސް) އެފަދައިން ނުބުނާ ހުށި ކަމެވެ. ކޮންމެ ޙާލަތަކީވެސް ﷲ އޭނާ ކުރަށްވާ އިމްތިޙާން އެކެވެ. އަދި ކިއެއްހެއްޔެވެ. މުދާ ގިނައިން ދެވުނު މީހުންވެސް އޭގެ ޙައްޤު ފުރިހަމައަށް އަދާ ނުކުރާ ކިތައްމެ ބައެކެވެ. މުދާދެވުނުމީހުން ޔަތިމުންނަށް ކާއެތިކޮޅު ނުދިނީމުއެވެ.
-
18
وَلَا تَحَـٰٓضُّونَ عَلَىٰ طَعَامِ ٱلْمِسْكِينِ
Wa-laa taḥaaaḍḍoona ʻalaa ṭaʻaamil miskeen!―
އަދި ކާއެތިކޮޅު ދިނުމަށް މީސްތަކުންނަށް ހިއްވަރު ނުދެމުއެވެ. ތިމާމެން އަމިއްލައައްވެސް އެކަމަށް އެދުންވެރިކަމެއް ނެތީމުއެވެ.
-
19
وَتَأْكُلُونَ ٱلتُّرَاثَ أَكْلًا لَّمًّا
Wa-taʹkuloonat Turaas̤a ʹaklal lammaa,
ތިޔަބައި މީހުން ވާރުތަމުދާތައް އަތުވިގޮތަކުން ކަނީއެވެ. ކުޑަކުދިންނާ އަންހެނުންގެ މުދާވެސް އެމީހުންނަށް ނުދީ ކަނީއެވެ. ޔަތީމުންނާއި ނިކަމެތިންގެ މުދާވެސް ކަނީއެވެ. މިއީ އިސްލާމްދީން އައުމުގެ ކުރިން ކަންތައް ކުރަމުން އައި ގޮތެވެ. ކުޑަކުދިންނަށް ޔަތީމުންނަށް އަންހެނުންނަށް ވާރުތަވުމެއް ނޯވެއެވެ. އެހުރިހާ މުދާކައިހަދިނީ ބޮޑެތި ފިރިހެނުންނެވެ.
-
20
وَتُحِبُّونَ ٱلْمَالَ حُبًّا جَمًّا
Wa-tuḥibboonal maala ḥubbañ jammaa.
އަދި ތިޔަބައިމީހުން މުދަލަށް ލޯބިކުރަނީ މާ ބޮޑަށެވެ.
-
21
كَلَّآ إِذَا دُكَّتِ ٱلْأَرْضُ دَكًّا دَكًّا
Kallaaa ʹiẓaa dukkatil ʹarḍu dakkañ dakkaa,
އެއްގޮތަކަށްވެސް އެފަދައިން ލޯބިކުރުން އެކަށީގެން ނުވެއެވެ. (ޤިޔާމަތްވުމަށް) ބިންގަނޑު ތެޅިގަނެ ޒަލްޒަލާ އައިސް ގަދަވެގެންވާ ޙަރަކާތަކުން ބިންގަނޑު ޙަރަކާތްކޮށް
-
22
وَجَآءَ رَبُّكَ وَٱلْمَلَكُ صَفًّا صَفًّا
Wa-jaaaʹa Rabbuka wal-malaku ṣaffañ ṣaffaa,
އަދި ކަލޭފާނު ހައްދަވާ ބޮޑުކުރެއްވި رب (އަޅުތަކުންގެ މެދުގައި ފައިސަލާ ކުރެއްވުމަށް ވޮޑިގަންނަވައި އަދި މަލާއިކަތްބޭކަލުން ސަފުސަފަށް (ސަފަކަށްފަހު ސަފެއް) ވަޑައިގެން މިކަންކަން ޤިޔާމަތް ދުވަހުންވާނެއެވެ. (އެދުވަހަށް ވިސްނާށެވެ.)
-
23
وَجِا۟ىٓءَ يَوْمَئِذٍۭ بِجَهَنَّمَ ۚ يَوْمَئِذٍ يَتَذَكَّرُ ٱلْإِنسَـٰنُ وَأَنَّىٰ لَهُ ٱلذِّكْرَىٰ
Wa-jeeeʹa Yawmaʹiẓim bi-Jahannam, Yawmaʹiẓiñy yataẓakkarul ʹiñsaanu wa-ʹannaa lahuẓ ẓikraa?
ނަރަކަ އެދުވަހުން ގެނެވޭނެއެވެ. ދެން އެދުވަހުން އިންސާނާ- އެބަހީ ކާފަރު އިންސާނާ ހަނދާން ކުރާނެއެވެ. އޭނާ ދުނިޔޭގައި ކުރި ނުލަފާކަންތައްތައް ހަނދާންވާނެއެވެ. އެކަމަކު ދެން މިއަދު އެކަންކަން ހަނދާންވުމުން އޮތީ ކޮން ފައިދާއެއްހެއްޔެވެ؟ ކުރިމަތީގައި އޮތީ ގަދަ ޢަޒާބެވެ.
-
24
يَقُولُ يَـٰلَيْتَنِى قَدَّمْتُ لِحَيَاتِى
Yaq̣oolu yaa-laytanee q̣addamtu li-Ḥayaatee!
އަދި އެހިނދު އޭނާ ބުނާނެއެވެ. އަހުރެންގެ މިޙަޔާތަށް ހެޔޮ ޢަމަލު އިސްކުރެވުނުނަމަ ކޮންފަދަ ރަނގަޅު ހެއްޔެވެ. (އެކަމަކު ދެން ހަމަ ހުސް ނަމަ އެވެ.)
-
25
فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُۥٓ أَحَدٌ
Fa-Yawmaʹiẓil laa yuʻaẓẓibu ʻAẓaabahooo ʹaḥad,
ފަހެއެދުވަހުން އެކަލާނގެ ޢަޒާބު ދެއްވާވަރަށް ހަމައެކަކަށްވެސް ޢަޒާބު ނުދެއްވޭނެއެވެ. ޢަޒާބު އެހާ ގަދަވާނެއެވެ
-
26
وَلَا يُوثِقُ وَثَاقَهُۥٓ أَحَدٌ
Wa-laa yoos̤iq̣u wa-s̤aaq̣ahooo ʹaḥad.
(އަދި ޗޭނުންނާއި ހިލިހިލާއިން ކާފަރުންތައް) އެކަލާނގެ ބަންނަވާ ވަރަކަށް ހަމައެކަކަށްވެސް ނުބަނދެވޭނެއެވެ. (އެވަރަށް ބަންނަވާނެއެވެ.)
-
27
يَـٰٓأَيَّتُهَا ٱلنَّفْسُ ٱلْمُطْمَئِنَّةُ
Yaaaʹayyatuhan Nafsul muṭmaʹinnah!
،(28) މާތްވެގެންވާމުއުމިނުންނަށް قِيَامَة ދުވަހުން ނިދާއިއްވޭނެއެވެ. އީމާންކަމާއި تَوْحِيْد ގެނޫރުން އަލިވެ އުޖާލާވެގެންވާ ނަފުސުގެ ވެރިޔާއެވެ. ﷲ ދެއްވި ގިނަގުނަ ސަވާބާއި ދަރުމަ އަށް ރުހިގެންވާ ޙާލު އަދި އެކަލާނގެ ތިބާއަށް ރުހިވޮޑިގެންވާ ޙާލު ތިބާގެ رب ގެ حَضرَة އަށް އެނބުރި އަންނާށެވެ.
-
28
ٱرْجِعِىٓ إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً
ʹIrjiʻeee ʹilaa Rabbiki raaḍiyatam marḍiyyah!
،(28) މާތްވެގެންވާމުއުމިނުންނަށް قِيَامَة ދުވަހުން ނިދާއިއްވޭނެއެވެ. އީމާންކަމާއި تَوْحِيْد ގެނޫރުން އަލިވެ އުޖާލާވެގެންވާ ނަފުސުގެ ވެރިޔާއެވެ. ﷲ ދެއްވި ގިނަގުނަ ސަވާބާއި ދަރުމަ އަށް ރުހިގެންވާ ޙާލު އަދި އެކަލާނގެ ތިބާއަށް ރުހިވޮޑިގެންވާ ޙާލު ތިބާގެ رب ގެ حَضرَة އަށް އެނބުރި އަންނާށެވެ.
-
29
فَٱدْخُلِى فِى عِبَـٰدِى
Fadkhulee fee ʻIbaadee!
(އަދިވެސް އެކަލާނގެ އަންގަވާނެއެވެ.) ތިމަންރަސްކަލާނގެ صَالِحُ تَقْوَى ވެރި އަޅުންގެތެރެއަށް ވަންނާށެވެ.
-
30
وَٱدْخُلِى جَنَّتِى
Wadkhulee Jannatee!
އަދި ތިމަންރަސްކަލާނގެ ސުވަރުގެއަށް ވަންނާށެވެ.