-
1
وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ
Waylul likulli humazatil lumazah,
މީހުނގެ މޫނުމަތީގައްޔާއި ކުރިމަތީގައްޔާ އަދި ފުރަގަހުން މީހުންނަށް غِيْبَ ކިޔާ ކޮންމެމީހަކަށް وَيْلُ ހުއްޓެވެ. އެއީގަދަވެގެންވާ ޢަޒާބެވެ. ނަރަކައިގެ ވަކިވާދީއެކެވެ.
-
2
ٱلَّذِى جَمَعَ مَالًا وَعَدَّدَهُۥ
ʹAllaẓee jamaʻa maalañw waʻaddadah,
އެމީހާމުދާ ޖަމާކޮށް ޢަދަދުކޮށް ހަދައެވެ.
-
3
يَحْسَبُ أَنَّ مَالَهُۥٓ أَخْلَدَهُۥ
Yaḥsabu ʹanna maalahooo ʹakhladah!
އަދިއޭނާ ހީކުރަނީ އެމުދާ އޭނަމަރުވިޔަނުދީ ދުނިޔޭގައި ދާއިމީގޮތެއްގައި ބަހައްޓާނެކަމަށެވެ. (އެފަދަމީހުން މީހުންނަށް މަލާމާތްކޮށް غِيْبَ ކިޔައި ހަދަނީ މުދާގިކަމުން އެކަމުގެ فَخْرُ ގައެވެ. އޭނާހީކުރަނީ މުދާ އެނާ ހިފަހައްޓާނެކަމަށެވެ. މިއީ މިބާވަތުގެ ކޮމެމީހެއްގެ ލަފައެވެ.)
-
4
كَلَّا ۖ لَيُنۢبَذَنَّ فِى ٱلْحُطَمَةِ
Kallaa layumbaẓanna fil Ḥuṭamah.
އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. ޤިޔާމަތްދުވަހުން އެފަދަމީހުން حُطَمةَ އެވެކިޔޭ ނަރަކައަށް އެއްލައިލެވޭނެއެވެ. (حُطَمةَ އަކީ އެތާގެހޫނުގަދަކަމުން އެއަށްލެވޭކޮންމެއެއްޗެއް ހަލާކުކޮށް ކުދިކުދި ކޮށްލާތަނެކެވެ)
-
5
وَمَآ أَدْرَىٰكَ مَا ٱلْحُطَمَةُ
Wa-maaa ʹadraaka mal Ḥuṭamah?
އަދި حُطَمةَ އެއީ ކޮންއެއްޗެއްކަން ކަލޭގެފާށް އަންގައިދިނީ ކޮން އެއްޗެއްތޯއެވެ؟ އެއީ ކޮންފަދަ ނުރައްކާ ތަނެއްހެއްޔެވެ؟
-
6
نَارُ ٱللَّهِ ٱلْمُوقَدَةُ
Naarul laahil mooq̣adah,
އެއީ ﷲ ގެ އަލިފާނެވެ. - (ﷲ އަށް އެއަލިފާން ނިސްބަތްކުރުމަކީ އޭގައިހޫނުގަދަވާނެކަމުގެ ދަލީލެވެ.)
-
7
ٱلَّتِى تَطَّلِعُ عَلَى ٱلْأَفْـِٔدَةِ
ʹAllatee taṭṭaliʻu ʻalal ʹafʹidah:
އެއަލިފާން ހިތްތަކަށްފޯރާނެއެވެ. (އޭރުން އޭގެވޭނާއި ކެކުޅުން ޙިޔާލުވެސް ނުކުރެވޭހާ ގަދަވާނެއެވެ.)
-
8
إِنَّهَا عَلَيْهِم مُّؤْصَدَةٌ
ʹinnahaa ʻalayhim muʹṣadah,
އެމީހުން އެތަނުން ނުނުކުމެވޭގޮތަށް އެތަން ބަންދު ކުރެވިގެންވެއެވެ.
-
9
فِى عَمَدٍ مُّمَدَّدَةٍۭ
Fee ʻamadim mumaddadah.
ދެމިގެންވާ ތަނބުތަކެއްގައި ވަރުގަދައަކަށް އެމީހުން ބަނދެވިގެންވާނެއެވެ.