Back to Quran

ސޫރަތްތައް 68

Al-Qalam

The Pen · Makki · 52 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    نٓ ۚ وَٱلْقَلَمِ وَمَا يَسْطُرُونَ

    NOOON. WALQ̣ALAMI wa-maa yasṭuroon,―

    ن: މިއަކުރަކީ ޤުރްއާނުގެ ބައެއް ސޫރަތް ފެށޭ ތަންތާ ހުންނަފަދަ ވަކި އަކުރުތަކުގެތެރެއިންވާ އަކުރެކެވެ. އެ އަކުރުގެ ފުރިހަމަ މުރާދު ދެނެވޮޑިގެންވަނީ ހަމައެކަނި الله އެވެ. ޤަލަމް އާއި ޤަލަމުން ލިއުއްވާ ބޭކަލުން ލިއުއްވާ ތަކެތި ގަންދެއްވައި الله ހުވައި وحي ކުރައްވައެވެ.

  2. 2

    مَآ أَنتَ بِنِعْمَةِ رَبِّكَ بِمَجْنُونٍ

    Maaa ʹañta biniʻmati Rabbika bimajnoon.

    (އޭ ރަސޫލު ﷲ އެވެ!) ކަލޭގެފާނުންގެ رب ދެއްވި ނިޢްމަތުގެ ސަބަބުން ކަލޭގެފާނަކީ މޮޔައަކު ކަމުގައި ނުވެއެވެ. (އެބަހީ ނަބީކަމުގެ ނިޢްމަތާއި އަދި ރިޔާސަތު ކަލޭގެފާނަށް ދެއްވުމުގެ ސަބަބުން ކަލޭގެފާނު މޮޔަބޭކަލަކު ކަމުގައި ނުވެއެވެ. މިއީ މައްކާގެ ކާފަރުން އެކަލޭގެފާނު އެހުރީ وحي ގެ ސަބަބުން މޮޔަވެފައޭ ނުވަތަ ޖިންނި ބަލިޖެހިގެން މޮޔަވެފައޭ ކިޔަންފެށުމުން އޭގެ ރައްދުގައި ބާވައި ލެއްވި ބަސްފުޅެކެވެ. އެކަލޭގެފާނު އެހުންނެވީ މޮޔަވެފައިނޫންކަން އެންމެންނަށް އެންގެވީއެވެ.)

  3. 3

    وَإِنَّ لَكَ لَأَجْرًا غَيْرَ مَمْنُونٍ

    Wa-ʹinna laka laʹAjran g̣ayra mamnoon:

    އަދި ހަމަކަށަވަރުން ކަލޭގެފާނަށް ކެނޑިގެން ނުދާފަދަ ބޮޑު ނިޢްމަތެއްވެއެވެ.

  4. 4

    وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ

    Wa-ʹinnaka laʻalaa khuluq̣in ʻaz̤̣eem.

    އަދި ހަމަކަށަވަރުން ކަލޭގެފާނު ވަނީ ކަނޑައެޅިގެން ބޮޑުވެގެންވާ މާތް ޚުލްޤު ފުޅެއްގައެވެ.

  5. 5

    فَسَتُبْصِرُ وَيُبْصِرُونَ

    Fasatubṣiru wa-yubṣiroon,

    ،(6) (އޭ މުޙައްމަދުގެފާނެވެ!) ކަންތައްތައް ރަނގަޅަށް ސާފުކޮށް އެނގޭހިނދުން ދުނިޔޭން މޮޔަވެފައިވަނީ ކާކުކަން އެމީހުންނަށް ރަނގަޅަށް އެނގިދާނެއެވެ. މޮޔަވެފައި ވަނީ އެމީހުންތޯ ނުވަތަ ކަލޭގެފާނުތޯ އެނގިދާނެއެވެ. ނިކަންހުރެ ކަލޭގެފާނު އެތަން ދެކެވަޑައިގަންނަވާނެއެވެ. އަދި އެމީހުންވެސް ނިކަންހުރެ އެތަން ދެކޭނެއެވެ.

  6. 6

    بِأَييِّكُمُ ٱلْمَفْتُونُ

    Biʹayyikumul maftoon.

    ،(6) (އޭ މުޙައްމަދުގެފާނެވެ!) ކަންތައްތައް ރަނގަޅަށް ސާފުކޮށް އެނގޭހިނދުން ދުނިޔޭން މޮޔަވެފައިވަނީ ކާކުކަން އެމީހުންނަށް ރަނގަޅަށް އެނގިދާނެއެވެ. މޮޔަވެފައި ވަނީ އެމީހުންތޯ ނުވަތަ ކަލޭގެފާނުތޯ އެނގިދާނެއެވެ. ނިކަންހުރެ ކަލޭގެފާނު އެތަން ދެކެވަޑައިގަންނަވާނެއެވެ. އަދި އެމީހުންވެސް ނިކަންހުރެ އެތަން ދެކޭނެއެވެ.

  7. 7

    إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ

    ʹInna Rabbaka Huwa ʹaʻlamu bimañ ḍalla ʻañ Sabeelih: wa-Huwa ʹAʻlamu bil-Muhtadeen.

    ތިމާ ސީދާ މަގުންނެއްޓި މަގުފުރެދިފަވަނީ ކާކުކަން ކަލޭގެފާނުންގެ رب މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ސީދާ ތެދުމަގުގައި ވަނީ ކާކުކަންވެސް އެކަލާނގެ މޮޅަށް ދެނެވޮޑިގެން ވެއެވެ.

  8. 8

    فَلَا تُطِعِ ٱلْمُكَذِّبِينَ

    Falaa tuṭiʻil mukaẓẓibeen.

    ފަހެ ކަލޭގެފާނު ދޮގުހަދާމީހުންނަށް ކިޔަމަންތެރިވެވަޑައި ނުގަންނަވާށެވެ.

  9. 9

    وَدُّوا۟ لَوْ تُدْهِنُ فَيُدْهِنُونَ

    Waddoo law tudhinu fayudhinoon.

    އެމީހުން އެބަހީ މައްކާގެ މުޝްރިކުން އެދެނީ ކަލޭގެފާނު އެމީހުންނަށް ދޫދީ މަޑުމައިތިރިގޮތް ބެހެއްޓުމަށެވެ. އޭރުން އެމީހުންވެސް ކަލޭގެފާނަށް ދޫދީ މަޑުމައިތިރިވުމަށެވެ. - އެމީހުންގެ ބޭނުމަކީ ކަލޭގެފާނު އެމީހުންގެ ބުދުތަކަށް ހުތުރުބަސް ނުބުނެ އެމީހުން އަޅުކަންކުރާގޮތަކަށް ކުރުމަށްދޫކުރެއްވުމެވެ. އޭރުން އެމީހުންވެސް ކަލޭގެފާނު އަޅުކަންކުރާގޮތާއި ނުބެހުމެވެ. -

  10. 10

    وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ

    Wa-laa tuṭiʻ kulla ḥallaafim maheen,

    އަދި އެމީހަކު ނިކަމެތި އަދި ދެރަ އަދި ގިނަގިނައިން ހުވައިކުރާ ކޮންމެ މީހަކަށް (އެއްވެސް މީހަކަށް) ކަލޭގެފާނު ކިޔަމަންތެރިވެ ވަޑައިނުގަންނަވާށެވެ.

  11. 11

    هَمَّازٍ مَّشَّآءٍۭ بِنَمِيمٍ

    Hammaazim mashshaaaʹim binameem,

    އަދި މީސްތަކުންނަށް ހުތުރު އެއްޗެތިކިޔާ އަދި غِيْبَ ބުނާ އަދި ދޭދޭ ދެމީހުންގެ ދޭތެރެ ފާސިދުކުރުމަށް ދެބައޮޑުވަމުން ހިނގާ (އެއްވެސްމީހަކަށް ކަލޭގެފާނު ކިޔަމަންތެރިވެ ވަޑައިނުގަންނަވާށެވެ.

  12. 12

    مَّنَّاعٍ لِّلْخَيْرِ مُعْتَدٍ أَثِيمٍ

    Mannaaʻil lilkhayri muʻtadin ʹas̤eem,

    އަދި އެމީހަކު ހެޔޮކަންތައްތައްމަނާކުރާ އަދި އަނިޔާވެރިކަމުގައި ހައްދު ފަހަނައަޅާފައިވާ އަދި ފާފަކުރުންގިނަ (އެއްވެސްމީހަކަށް ކަލޭގެފާނު ކިޔަމަންތެރިވެ ވަޑައި ނުގަންނަވާށެވެ.)

  13. 13

    عُتُلٍّۭ بَعْدَ ذَٰلِكَ زَنِيمٍ

    ʻUtullim baʻda ẓaalika zaneem,―

    އަދި އެމީހާ އަޚްލާޤު ނުބައި ހަރުކަށި އަދި މިބަޔާންވެދިޔަ ހުތުރު ހުރިހާސިފަސިފަޔަކަށްފަހު އަދި އެމީހާ އެމީހާގެ ނަސަބާއިމެދު ތުހުމަތު ކުރެވޭ ނުވަތަ މީހުންގެތެރޭ ނުބައިކަމަށް މަޝްހޫރުވެގެންވާ މީހަކު ކަމުގައި އެމީހާވާނެއެވެ.

  14. 14

    أَن كَانَ ذَا مَالٍ وَبَنِينَ

    ʹAñ kaana ẓaa maaliñwwa baneen.

    އެމީހާ މުދާވެރިއަކަށްވީތީ ނުވަތަ ދަރިންގިނަމީހަކަށްވީތީ (އެމީހާއަށް ކިޔަމަންތެރިވެވަޑައި ނުގަންނަވާށެވެ.)

  15. 15

    إِذَا تُتْلَىٰ عَلَيْهِ ءَايَـٰتُنَا قَالَ أَسَـٰطِيرُ ٱلْأَوَّلِينَ

    ʹIẓaa tutlaa ʻalayhi ʹAayaatunaa q̣aala ʹAsaaṭeerul ʹAwwaleen!

    ތިމަންރަސްކަލާނގެ އާޔަތްތައް އެމީހަގެ މައްޗަށް ކިޔެވިއްޖެއްޔާ ވެސް އޭނާބުނާނީ ތިޔައީ އިސްވެދިމީހުން ދައްކާފައިވާ ދޮގު ފުލޯކު ވާހަކަތަކެއް ކަމުގައެވެ.

  16. 16

    سَنَسِمُهُۥ عَلَى ٱلْخُرْطُومِ

    Sanasimuhoo ʻalal khurṭoom!

    ނިކަން ހުރެ ތިމަންރަސްކަލާނގެ އޭނާގެމޫނުމަތީގައި ނުވަތަ ނޭފަތްމަތީގައި ޢަލާމާތެއް ލައްވާ ހުށީމެވެ.

  17. 17

    إِنَّا بَلَوْنَـٰهُمْ كَمَا بَلَوْنَآ أَصْحَـٰبَ ٱلْجَنَّةِ إِذْ أَقْسَمُوا۟ لَيَصْرِمُنَّهَا مُصْبِحِينَ

    ʹInnaa balawnaahum kamaa balawnaaa ʹAṣḥaabal Jannah, ʹiẓ ʹaq̣samoo layaṣrimunnahaa muṣbiḥeen,

    ހަމަކަށަވަރުން ބަގީޗާގެ އެކުވެރިންނަށް ބަލާޖައްސަވައި إمْتِحَانُ ކުރެއްވިފަދައިން އެމީހުންނަށްވެސް - އެބަހީ މައްކާގެ އަހުލުވެރިންނަށްވެސް- ބަލާޖައްސަވައި إمْتِحَانُ ކުރައްވާހުށީމެވެ. އެއީ އެބަގީޗާގެ އެކުވެރިން ފަތިސްފަތިހާގޮސް އެތާގެ މޭވަތައް ކަނޑާނެކަމުގައިބުނެ ހުވައިކުރިހިދުންނެވެ.

  18. 18

    وَلَا يَسْتَثْنُونَ

    Wa-laa yastas̤noon.

    އެމީން އެހެންބުނިއިރު އެމީހުން الله އިރާދަކުރެއްވިއްޔަކާއެކޭ - މިހެން ނުބުނެ އިސްތިސްނާއެއްނުކުރެއެވެ.

  19. 19

    فَطَافَ عَلَيْهَا طَآئِفٌ مِّن رَّبِّكَ وَهُمْ نَآئِمُونَ

    Faṭaafa ʻalayhaa ṭaaaʹifum mir Rabbika wa-hum naaaʹimoon.

    ދެންފަހެ އެމީހުން އެގޮތުގެ މައްޗަށް އެއްބަސްވެ ނިދާފައިތިއްބާ އެބަގީޗާއަށް الله ބަލާއެއް ފޮނުއްވައިފިއެވެ.

  20. 20

    فَأَصْبَحَتْ كَٱلصَّرِيمِ

    Faʹaṣbaḥat kaṣṣareem.

    ދެންފަހެ ކަޅު އަދިރި ރެއެއްފަދައިން ނުވަތަ ގޮވާންކަޑައިނިމި ހިކިގެން ގޮސްފައިވާ ދަޑެއްފަދައިން އެބަގީޗާ ވެއްޖެއެވެ.

  21. 21

    فَتَنَادَوْا۟ مُصْبِحِينَ

    Fatanaadaw muṣbiḥeen,

    ދެން އެމީހުން ފަތިހާ ތެދުވެ ކުރިންރާވައިފާވާގޮތަށް އެއްބަޔަކު އަނެއްބަޔަކަށްގޮވަފިއެވެ.

  22. 22

    أَنِ ٱغْدُوا۟ عَلَىٰ حَرْثِكُمْ إِن كُنتُمْ صَـٰرِمِينَ

    ʹAnig̣ doo ʻalaa ḥars̤ikum ʹiñ kuñtum ṣaarimeen.

    އަދި އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ކަލޭމެން ދަނޑުކަޑައި މޭވާކަޑަން ގަސްދު ކުރަންޏާ އަވަސްއަވަހަށް ދަނޑަށްހިނގާށެވެ.

  23. 23

    فَٱنطَلَقُوا۟ وَهُمْ يَتَخَـٰفَتُونَ

    Fañṭalaq̣oo wa-hum yatakhaafatoon―

    ދެން އެމީހުން ދަނޑަށް ދަމުން އެކަކު އަނެކަކަށް ސިއްރުން ބުންޏެވެ.

  24. 24

    أَن لَّا يَدْخُلَنَّهَا ٱلْيَوْمَ عَلَيْكُم مِّسْكِينٌ

    ʹAl laa yadkhulannahal yawma ʻalaykum miskeen.

    މިއަދު އެއްވެސް މިސްކީނަކު ކަލޭމެންގެ ދަނޑަށް ވަނަދީގެން ނުވާނެއެވެ.

  25. 25

    وَغَدَوْا۟ عَلَىٰ حَرْدٍ قَـٰدِرِينَ

    Wa-g̣adaw ʻalaa ḥardiñ q̣aadireen.

    ދެންއެމީހުން އެގަސްދު ކުރިގޮތަށް ފިސާރި ކެރިގެންތިބެގެން ގަދަފަދަކަމާއި އެކު ދަނޑަށް ހިގައްޖެއެވެ.

  26. 26

    فَلَمَّا رَأَوْهَا قَالُوٓا۟ إِنَّا لَضَآلُّونَ

    Falammaa raʹawhaa q̣aalooo ʹinnaa laḍaaalloon:

    ދެންފަހެ އެމީހުން ގޮސް ބަގީޗާ ދުއްހިނދުން އެތަން އޮތް ވީރާނާ ގޮތް ފެނިފައި އެމީހުންބުނީ އަހުރެމެން މިތިބީ މަގުއޮޅިފައެވެ. މިއީ އެހެންތަނެކެވެ.

  27. 27

    بَلْ نَحْنُ مَحْرُومُونَ

    Bal naḥnu maḥroomoon!

    އެހެންނަމަވެސް ރަނގަޅަށް حَقِيْقَة ސާފުވިހިނދުން އެމީހުންބުނީ ނޫނެކެވެ. އަހުރެމެން މިތިބީ ބަގީޗާއިން مَحْرُوْم ވެފައެވެ. (އެތާނގެ ހެޔޮކަން އަހުރެމެންނަށް ގެއްލުނީއެވެ. އަހުރެމެންނަށް ކުށް ކުރެވުނީއެވެ.)

  28. 28

    قَالَ أَوْسَطُهُمْ أَلَمْ أَقُل لَّكُمْ لَوْلَا تُسَبِّحُونَ

    Q̣aala ʹawsaṭuhum ʹalam ʹaq̣ul lakum law-laa tusabbiḥoon?

    އެމީހުންގެ ތެރޭގައި ހުރި އެންމެ عَدْلُ ވެރި ހެޔޮލަފާމީހާ ބުންޏެވެ. ކަލޭމެން الله އަށް تَسْبِيْح ނުކީ ކިއްވެގެން ހެއްޔެވެ؟ ނުވަތަ الله އިރާދަކުރެއްވިއްޔާއޭ ނުބުނީ ކީއްވެގެންހެއްޔެވެ؟ (ނުވަތަ الله އިރާދަކުރެއްވިއްޔާއޭ ބުނިނަމައެވެ.) މިހެންއަހުރެން ކަލޭމެންކައިރީ ނުބުނަން ހެއްޔެވެ؟ އެބަހީ ބުނީމެވެ.

  29. 29

    قَالُوا۟ سُبْحَـٰنَ رَبِّنَآ إِنَّا كُنَّا ظَـٰلِمِينَ

    Q̣aaloo Subḥaana Rabbinaaa ʹinnaa kunnaa z̤̣aalimeen!

    އެމީހުން ދެނެނެވިއެވެ. އަޅަމެން ހައްދަވާ ބޮޑުކުރައްވާ ކަލާނގެ ހުސްطَاهِرُ ވަންތައެވެ. (سُبْحَانَ الله އެވެ.) = ހަމަކަށަވަރުން އަނިޔާވެރިން ކަމުގައި އަހުރެމެން ވެއްޖައީމެވެ.

  30. 30

    فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَلَـٰوَمُونَ

    Faʹaq̣bala baʻḍuhum ʻalaa baʻḍiñy yatalaawamoon.

    ދެންފަހެ އޭގެ އެއްބަޔަކު އަނެއްބަޔަކާއި އެމީހުން އެމީހުންނަށް މަލާމާތް ކުރާޙާލު ކުރިމަތިލައިފިއެވެ.

  31. 31

    قَالُوا۟ يَـٰوَيْلَنَآ إِنَّا كُنَّا طَـٰغِينَ

    Q̣aaloo yaa-waylanaaa ʹinnaa kunnaa ṭaag̣een!

    އެމީހުން ބުންޏެވެ. އަހުރެމެންނަށްވާ ހަލާކެއްގެ ބޮޑުކަމާއެ! ހަމަކަށަވަރުން އަހުރެމެންމިވީ ނުކިޔަމަންތެރިން ކަމުގައެވެ.

  32. 32

    عَسَىٰ رَبُّنَآ أَن يُبْدِلَنَا خَيْرًا مِّنْهَآ إِنَّآ إِلَىٰ رَبِّنَا رَٰغِبُونَ

    ʻAsaa Rabbunaaa ʹañy yubdilanaa khayram minhaaa ʹinnaaa ʹilaa Rabbinaa raag̣iboon!

    (އަދިއެމީހުން ބުންޏެވެ.) އަޅަމެންގެ رَبُّ އަޅަމެންނަށް އެއަށްވުރެންމާ ހެޔޮތަނެއް އޭގެބަދަލުގައި ދެއްވުން އުއްމީދު ކުރެވެއެވެ. (އެކަލާނގެ އަޅަމެނަށް ދެއްވާ ދަރުމަކުރައްވާށިއެވެ.) ހަމަކަށަވަރުން އަޅަމެންނީ އަޅަމެންގެ رَبُّ ގެحَضْرَةُ ގައި އެދިދަންނަވާ ބަޔަކީމެވެ.

  33. 33

    كَذَٰلِكَ ٱلْعَذَابُ ۖ وَلَعَذَابُ ٱلْـَٔاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ

    Kaẓaalikal ʻAẓaab; wa-laʻAẓaabul ʹAakhirati ʹakbar. Law kaanoo yaʻlamoon!

    (ދުނިޔޭގައިވެސް ތިމަން ރަސްކަލާނގެ) ޢަޒާބު އެފަދައެވެ. އަދި آخِرَةُ ގެ ޢަޒާބު މާބޮޑުވެގެންވެއެވެ. އެމީހުންނަށް އެގޮތް އެނގޭނޭ ނަމައެވެ.

  34. 34

    إِنَّ لِلْمُتَّقِينَ عِندَ رَبِّهِمْ جَنَّـٰتِ ٱلنَّعِيمِ

    ʹInna lil-Muttaq̣eena ʻiñda Rabbihim Jannatin Naʻeem.

    ހަމަކަށަވަރުން تَقْوَى ވެރިންނަށް އެމީހުންގެ رَبُّ ގެحَضْرَةُ ގައި نِعْمَة ތަކުގެވެރި ސުވަރުގެ ވެއެވެ.

  35. 35

    أَفَنَجْعَلُ ٱلْمُسْلِمِينَ كَٱلْمُجْرِمِينَ

    ʹAfanajʻalul Muslimeena kalmujrimeen?

    އަޅެފަހެ ނުބަ ނުލަފާމީހުން ފަދައިން ރަނގަޅު މުސްލިމުން ތިމަންރަސްކަލާނގެ ލައްވާނޭހެއްޔެވެ؟ (އެބަހީ އެފަދައިން ތިމަންރަސްކަލާނގެ ނުލައްވާނަމެވެ.)

  36. 36

    مَا لَكُمْ كَيْفَ تَحْكُمُونَ

    Maa- lakum? kayfa taḥkumoon?

    ކަލޭމެނަށް ތިޔަތިބީ ކީއްވެފައިހެއްޔެވެ؟ ކަލޭމެން ތިޔަ حُكُم ކުރަނީކޮންފަދައަކުން ހެއްޔެވެ؟ (ނުލަފާމީހުންނާއި تَقْوَى ވެރިމާތް މީހުންނާއި ތިމަންރަސްކަލާނގެ ހަމަހަމަ ނުކުރައްވާހުށީމެވެ.)\nދަންނައެވެ. މިތާގެ މިފަހުގެ ދެއާޔަތާއި ދެން އަންނަންއޮތް ދެތިން އާޔަތުގައި އެވަނީ މައްކާގެ ކާފަރުންނަށް އެމީހުންބުނި ބުނުމަކަށް ކުރައްވާފައިވާ ރައްދެކެވެ. އެމީހުން ބުނަނީ مُحَمَّد ގެފާނު އެހީފުޅުކުރައްވާގޮތް އެއީ ރަނގަޅު ގޮތެއްކަމުގައިވާނަމަވެސް، އެމުސްލިމުންގެ ޙާލާއި އަހުރެމެންގެ ޙާލު قِيَامَة ދުވަހުންވެސްވާނީ ހަމަދުނިޔޭގައިވެސް މިވާގޮތަށެވެ. އެއީ މުސްލިމުން ފަޤީރު ދެރަބަޔަކު ކަމުގައިވެފައި އަހުރެމެން މުއްސަދި އަދި މަތީ ބަޔަކު ކަމުގައިވާނެއެވެ. މިއެވެ. މިއީ މައްކާގެ ބޮޑެތި މުޝްރިކުން ލަފާކުރާގޮތެވެ. ފަހެ މިއާޔަތްތަކުގައި الله އެމީހުންނަށް ރައްދުކުރައްވައި އެމީހުން އެހީކުރާގޮތަށް ނުވާނެކަން އަންގަވަނީއެވެ. والله أعلم.

  37. 37

    أَمْ لَكُمْ كِتَـٰبٌ فِيهِ تَدْرُسُونَ

    ʹAm lakum Kitaabuñ feehi tadrusoon―

    ނުވަތަ (މުސްލިމުންނާއި މުޖުރިމުން ހަމަހަމަވެ އެއްވަރުވާނެ ކަމުގައި ބަޔާންވެގެންވާ) ފޮތެއް ފަހެ ކަލޭމެންނަށްވަނީ ހެއްޔެވެ؟

  38. 38

    إِنَّ لَكُمْ فِيهِ لَمَا تَخَيَّرُونَ

    ʹInna lakum feehi lamaa takhayyaroon?

    އެފޮތުން (އެފަދަބަޔާނެއް) ކަލޭމެނަށް ފެނުނިހެއްޔެވެ؟ ކަލޭމެން ތިޔަ إخْتِيَار ކުރާން ގަސްދުކުރާގޮތަށް ފޮޅުވަތް އެޅިގެންވަނީހެއްޔެ؟

  39. 39

    أَمْ لَكُمْ أَيْمَـٰنٌ عَلَيْنَا بَـٰلِغَةٌ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۙ إِنَّ لَكُمْ لَمَا تَحْكُمُونَ

    ʹAm lakum ʹAymaanun ʻalaynaa baalig̣atun ʹilaa Yawmil Q̣iyaamati ʹinna lakum lamaa taḥkumoon?

    ނުވަތަ ކަލޭމެން ތިޔަ حُكُم ކުރާގޮތަށް ކަންތައްތައްވާނެ ކަމުގައި ތިމަންރަސްކަލާނގެحَضْرَةُ ގައި قِيَامَة ދުވަހާއި ހަމައަށްދާންދެން ގަދަ عَهْدُ ކަށަވަރެއް ކަލޭމެން ހިފައިފާވަނީ ހެއްޔެވެ؟

  40. 40

    سَلْهُمْ أَيُّهُم بِذَٰلِكَ زَعِيمٌ

    Salhum ʹayyuhum̃ biẓaalika zaʻeem!

    (އޭ رَسول الله އެވެ!) އެފަދަކަންތައްތަކާއި ކަލޭމެންގެ ތެރެއިން ޙަވާލުވެ ޖާމިނުވަނީ ކާކުތޯ އެމީހުން ކުރެން ކަލޭގެފާނު އައްސަވައި ބައްލަވާށެވެ!

  41. 41

    أَمْ لَهُمْ شُرَكَآءُ فَلْيَأْتُوا۟ بِشُرَكَآئِهِمْ إِن كَانُوا۟ صَـٰدِقِينَ

    ʹAm lahum shurakaaaʹu fal-yaʹtoo bishurakaaaʹihim ʹiñ kaanoo ṣaadiq̣een!

    ނުވަތަ އެބައިމީހުންނަށް އެކަމުގައި އެހީވާނޭ ބައިވެރިންތަކެއް ވަނީހެއްޔެވެ؟ އަދިއެމީހުން އެބުނަނީ ތެދެއްކަމުގައި ވަންޏާ އެމީހުންގެ އެ އެހީތެރިންތަކަށް ގޮވާގެނަ ސްބަލާށެވެ. އެބަހީ މުސްލިމުންނާއި މުޖްރިމުނުބައިމީހުން آخِرَة ދުވަހުން އެއްހަމައެއްގައި ބެއިތިއްބުމަށް ކުޅަދާނަވެގެންވާވަރުގެ އެހީތެރިންތަކެއް އެކާފަރުންނަށް ވާނަމަ އެބަޔަކު ނިކަން ގެނެސްބަލާށެވެ. ނުގެނެވޭނެއެވެ.

  42. 42

    يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى ٱلسُّجُودِ فَلَا يَسْتَطِيعُونَ

    Yawma yukshafu ʻañ saaq̣iñw wayudʻawna ʹilas sujoodi falaa yastaṭeeʻoon,―

    އަދި ކަށިމަތި ކަޝްފުވާދުވަހުން (ކަންތައް ބޮޑުވާދުވަހުން) ސަޖިދަކުރުމަށް އެމީހުންނަށް ގޮވޭނެއެވެ. ދެން އެބައި މީހުންނަށް އެކަމަށް ކުޅަދާނަ ނުވާނެއެވެ.

  43. 43

    خَـٰشِعَةً أَبْصَـٰرُهُمْ تَرْهَقُهُمْ ذِلَّةٌ ۖ وَقَدْ كَانُوا۟ يُدْعَوْنَ إِلَى ٱلسُّجُودِ وَهُمْ سَـٰلِمُونَ

    Khaashiʻatan ʹabṣaaruhum tarhaq̣uhum ẓillah: wa-q̣ad kaanoo yudʻawna ʹilas sujoodi wa-hum saalimoon.

    އެމީހުންގެ ލޯތައް ބިރުން ފެންކަޅިވެގެންވާ ޙާލު އެމީހުންގެ މައްޗަށް ވެރިވެގެންވާނީ ހިތާމަޔާއި ނުހަނު ނިކަމެތި ދެރަކަމެވެ. އަދި ހަމަކަށަވަރުން އެމީހުން (ދުނިޔޭގައި) ސަލާމަތުންތިބި ޙާލު ސަޖިދަ ކުރުމަށް އެމީހުންނަށް ގޮވުނެވެ. (އެއިރު އެކަމަށް އިޖާބަނުދިނީއެވެ. ދެން މިއަދު އެމީހުންނަށް އެކަމަށް ކުޅަދާނަ ވެގެން ނުވާނެއެވެ.) * تفسير علم ވެރިންގެ ބައެއް ބޭކަލުން ވިދާޅުވެފައިވަނީ: މި އާޔަތުން އެ އިޝާރަތް ވަނީ ދުނިޔޭގައި އުޅުނުއިރު ބަންގި އަޑުއަހާފައި ނަމާދަށް ޙާޟިރު ނުވި މީހުންނާއި މެދު އޮތް ބަސްފުޅެއްކަމަށެވެ. ޤިޔާމަތް ދުވަހުން ﷲ ގެ ކަށިމަތިފުޅު ކަޝްފުކުރަށްވައި އެންމެހާމީހުންނަށް ސަޖިދަކުރަން އަންގަވާނެއެވެ. ދެން އެންމެހާ މުއުމިނުން ސަޖިދަ ކުރާނެއެވެ. އަދި ދުނިޔޭގައި އުޅުނުއިރު ސަޖިދަނުކުރާމީހުންނާއި އަދި ދެއްކުމަށާއި އިއްވުމަށް ސަޖިދަކުރި މީހުން (މުނާފިޤުން) ނަށް އެދުވަހުން ސަޖިދަނުކުރެވޭނެއެވެ. އެމީހުންގެ ބުރަކަށިތައް ހުންނާނީ އެކީ އެކައްޗަކަށް ފިލައިގަޑެއްހެން ހަރުވެ ފަންވަރުވެފައެވެ. އެމީހުންނަކަށް ސަޖިދައެއްނުކުރެވޭނެއެވެ. = زُبْدَةُ التَّفْسِيْر =

  44. 44

    فَذَرْنِى وَمَن يُكَذِّبُ بِهَـٰذَا ٱلْحَدِيثِ ۖ سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ

    Faẓarnee wa-mañy yukaẓẓibu bihaaẓal Ḥadees̤: sanastadrijuhum min ḥays̤u laa- yaʻlamoon.

    (އޭ ރަސޫލު ﷲ އެވެ!) ފަހެ މިވާހަކަ: އެބަހީ މި قُرآن ދޮގުކުރާ މީހާ ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ! (ތިމަންރަސްކަލާނގެ އޭނާއަށް ފުދޭނެއެވެ.) ނިކަންހުރެ ތިމަނަރަސްކަލާނގެ އެމީހުންނަށް ނުވެސް އެނގޭފަދައަކުންއެމީހުން ހިއްޕަވަމުން ހިއްޕަވާހުށީމެވެ.

  45. 45

    وَأُمْلِى لَهُمْ ۚ إِنَّ كَيْدِى مَتِينٌ

    Wa-ʹumlee lahum: ʹinna kaydee mateen.

    އަދި ތިމަންރަސްކަލާނގެ އެމީހުންނަށް މުއްދަތު ދެއްވާހުށީމެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ރޭވުން ގަދަފަދަވެގެންވެއެވެ.

  46. 46

    أَمْ تَسْـَٔلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ

    ʹAm tasʹaluhum ʹajrañ fahum mim mag̣ramim mus̤q̣aloon?

    (އޭ ރަސޫލު ﷲ އެވެ!) ނުވަތަ ކަލޭގެފާނު އެމީހުން ނަށް ބަރުވެގެން ނުދެއްކިގެން ދަރަނިވެރިވާވަރުގެ أجُور އަކަށް އެމީހުންގެ ކިބައިން އެދިވަޑައިގަންނަވަނީތޯއެވެ؟

  47. 47

    أَمْ عِندَهُمُ ٱلْغَيْبُ فَهُمْ يَكْتُبُونَ

    ʹAm ʻiñdahumul G̣aybu fahum yaktuboon?

    ނުވަތަ އެމީހުންގެ އަތުގައި އެމީހުން އެއިން ލިޔެނޯޓުކުރާނެ ޣައިބު ގެ مَعْلُومَاة ވަނީހެއްޔެވެ؟

  48. 48

    فَٱصْبِرْ لِحُكْمِ رَبِّكَ وَلَا تَكُن كَصَاحِبِ ٱلْحُوتِ إِذْ نَادَىٰ وَهُوَ مَكْظُومٌ

    Faṣbir li-Ḥukmi Rabbika wa-laa takuñ ka-Ṣaaḥibil Ḥoot. ʹIẓ naadaa wa-huwa makz̤̣oom.

    (އޭ ރަސޫލު ﷲ އެވެ!) ކަލޭގެފާނު ކަލޭގެފާނުންގެ رب ގެ ޙުކުމްފުޅަށް އަދި އެކަލާނގެ އަމުރު ފުޅަށް ކެއްތެރިވެ ވަޑައިގަންނަވާށެވެ. އަދި މަހުގެ އެކުވެރިޔާފަދައިން ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ. (މަހުގެ އެކުވެރިޔާގެ މުރާދަކީ މިތާގައި ސަލާމްލެއްވި ޔޫނުސްގެފާނެވެ.) ފަހެ އެކަލޭގެފާނު ހިތާމަފުޅާއި މޮޅިވެރިކަމުން ފުރިގެންވާ ޙާލު އެކަލޭގެފާނުންގެ رب އަށް ނިދާ ދެންނެވިހިނދު (ދުޢާ ދެންނެވިހިނދު) ހަނދުމަފުޅު ކުރަށްވާށެވެ.

  49. 49

    لَّوْلَآ أَن تَدَٰرَكَهُۥ نِعْمَةٌ مِّن رَّبِّهِۦ لَنُبِذَ بِٱلْعَرَآءِ وَهُوَ مَذْمُومٌ

    Law-laaa ʹañ tadaarakahoo Niʻmatum mir Rabbihee lanubiẓa bilʻaraaaʹi wa-huwa maẓmoom.

    އެކަލޭގެ ފާނުންގެ رب ގެ حضرة ން އެކަލޭގެފާނަށް ނިޢްމަތެއްލިބި ވަޑައި ނުގެންނެވި ނަމަ އެކަލޭގެފާނު އެއްވެސް ގަހެއް ނެތް ޞަޙަރާ ބިމަކަށް ނިކަމެތިކަމާއެކު މަލާމާތް ލިބިގެންވާ ޙާލު އެއްލައިލެވިއްޖައީހެވެ. * ފަހެ އެކަލޭގެފާނުންގެ رب ގެ حضرة ން އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ނިޢްމަތަކީ އެކަލޭގެފާނު ތައުބާވެ ވަޑައިގަތުމުގެ ތައުފީޤު އެކަލޭގެފާނަށް ދެއްވުމެވެ. އެއީ އަސްލު ނިޢްމަތެވެ.

  50. 50

    فَٱجْتَبَـٰهُ رَبُّهُۥ فَجَعَلَهُۥ مِنَ ٱلصَّـٰلِحِينَ

    Fajtabaahu Rabbuhoo fajaʻalahoo minaṣ Ṣaaliḥeen.

    ދެންފަހެ އެކަލޭގެފާނުންގެ رَبُّ އެކަލޭގެފާނު އިޚްތިޔާރު ކުރަށްވައި ޚާއްޞަ ކުރަށްވައިފިއެވެ. އަދި އެކަލޭގެފާނު ޞާލިޙް މާތްބޭކަލުންގެ ތެރެއިން ލައްވައިފިއެވެ. ރަސޫލުބޭކަލުންގެ ލިސްޓުގައި ހިމަނުއްވައިފިއެވެ. (މިވާހަކަ ބައެއްސޫރަތުގައި ތަންކޮޅެއްދިގުކޮއްވެއެވެ.)

  51. 51

    وَإِن يَكَادُ ٱلَّذِينَ كَفَرُوا۟ لَيُزْلِقُونَكَ بِأَبْصَـٰرِهِمْ لَمَّا سَمِعُوا۟ ٱلذِّكْرَ وَيَقُولُونَ إِنَّهُۥ لَمَجْنُونٌ

    Wa-ʹiñy yakaadul laẓeena kafaroo layuzliq̣oonaka biʹabṣaarihim lammaa samiʻuẓ Ẓikra wa-yaq̣ooloona ʹinnahoo lamajnoon!

    (އަދި އޭރަސޫލު ﷲ އެވެ!) ކަލޭގެފާނު ޤުރްއާން ވިދާޅުވާ އަޑު ކާފަރުންނަށް އިވުމުން އެމީހުންގެ ރުޅިވެރިކަމާއި ޢަދާވާތްތެރިކަމުން ކަލޭގެފާނަށް އެމީހުން އެބަލާބެލުމުން ކަލޭގެފާނު ކައްސުވައިލަން ގާތްވެގެންވެއެވެ. ކަލޭގެފާނުން ހަލާކުކޮއްލަން ގާތްވެގެން ވެއެވެ. އެބަހީއެމީހުން އެހާވެސްރުޅިއާދެއެވެ. އަދި އެމީހުން ބުނެއެވެ. އެކަލޭގެފާނަކީ ދުނިޔޭން މޮޔަވެފައިވާމީހެކެވެ. ހަމަކަށަވަރުން އެއީ މަޖުނޫންއެކެވެ.

  52. 52

    وَمَا هُوَ إِلَّا ذِكْرٌ لِّلْعَـٰلَمِينَ

    Wa-maa huwa ʹillaa Ẓikrul lilʻAalameen.

    އެކަމަކު އެކަލޭގެފާނު އެކިޔަވާ ވިދާޅުވާ ޤުރުއާން އެއީ ކަޑައެޅިގެން އެންމެހާ އާލަމުތަކަށްވާ ޒިކުރެއް ކަމުގައި މެނުވީ ނުވެއެވެ. މީސްތަކުންނަށް ބޭނުންވާ ހުރިހާކަމެއްގެ ބަޔާނެއް ކަމުގައި މެނުވީނުވެއެވެ. والله أعلم.