Back to Quran

ޖުޒްއު

Juz 28

58:1 ... 66:12 · 137 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

  1. Surah Al-MujadilaBegins here at 58:1

  2. 58:1

    قَدْ سَمِعَ ٱللَّهُ قَوْلَ ٱلَّتِى تُجَـٰدِلُكَ فِى زَوْجِهَا وَتَشْتَكِىٓ إِلَى ٱللَّهِ وَٱللَّهُ يَسْمَعُ تَحَاوُرَكُمَآ ۚ إِنَّ ٱللَّهَ سَمِيعٌۢ بَصِيرٌ

    Q̣ad samiʻal laahu q̣awlal latee tujaadiluka fee zawjihaa wa-tashtakeee ʹilal laah: wallaahu yasmaʻu taḥaawurakumaa: ʹinnal laaha Sameeʻum Baṣeer.

    (އޭ مُحَمَّدُ ﷺ އެވެ!) އެކަނބުލޭގެ ފިރިކަލުންނާއިމެދު ﷲ އަށްޝަކުވާ ދަންނަވާ حَال ކަލޭގެފާނާ ތަކުރާރުކުރައްވައި ބަސްދަންނަވާ ކަމަނާގެ ބަސް ހަމަކަށަވަރުން ﷲ އައްސަވޮޑިގެންފިއެވެ. އަދި ތިޔަ ދެފަރާތުގެ ވާހަކަ ﷲ އައްސަވައެވެ. ހަމަކަށަވަރުން ﷲ އީ އައްސަވާވޮޑިގަންނަވާ އަދި ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.

  3. 58:2

    ٱلَّذِينَ يُظَـٰهِرُونَ مِنكُم مِّن نِّسَآئِهِم مَّا هُنَّ أُمَّهَـٰتِهِمْ ۖ إِنْ أُمَّهَـٰتُهُمْ إِلَّا ٱلَّـٰٓـِٔى وَلَدْنَهُمْ ۚ وَإِنَّهُمْ لَيَقُولُونَ مُنكَرًا مِّنَ ٱلْقَوْلِ وَزُورًا ۚ وَإِنَّ ٱللَّهَ لَعَفُوٌّ غَفُورٌ

    ʹAllaẓeena yuz̤̣aahiroona miñkum min nisaaaʹihim maa hunna ʹummahaatihim: ʹin ʹummahaatuhum ʹillal laaaʹee wa-ladnahum. Wa-ʹinnahum layaq̣ooloona muñkaram minal q̣awli wa-zooraa: wa-ʹinnal laaha laʻAfuwwun G̣afoor.

    ތިޔަބައިމީހުންކުރެ ތިމާމެންގެ އަނބީން ތިމާމެންގެ މަޔެކޭ ހަމަކުރާ މީހުން (ظِهَارُ ކުރާ މީހުން) ދަންނައެވެ. (އެހެން އެމީހުން ބުންޏަކަސް) އެ އަންހެނުން އެއީ އެމީހުންގެ މައިން ކަމުގައި ނުވެއެވެ. އެމީހުންގެ މައިން ކަމުގައިވާކަން ކަށަވަރީ އެމީހުން ވިހެއި އަންހެނުންނެވެ. (حَقِيْقِي މައިންނެވެ.) އަދި ހަމަކަށަވަރުން އެމީހުން އެހެން އެބުނާ ބަހަކީ (ތިމާގެ އަނބިމީހާ ތިމާގެ މަޔެކޭ އެއްފަދައޭ) އެބުނާބަހަކީ ބަހުގެ ތެރެއިން شَرِيْعَة قَبُوْلُ ނުކުރާ ހަޑި مُنْكَرُ ބަހެކެވެ. އަދި އެއީ ހަމަ ބޮޑު ދޮގެކެވެ. އަދި ހަމަކަށަވަރުން ﷲ އީ ކަނޑައެޅިގެން ގިނަގިނައިން عَفُوْء ކުރައްވާ އަދި ފާފަ ފުއްސެވުން ބޮޑުވެގެންވާ ކަލާނގެއެވެ.\nދަންނައެވެ. މިއާޔަތްތައް ބާވައިލެއްވުމުގެ ސަބަބެއް ކަމުގައި تَفْسِيْر عِلْم ވެރިން ލިޔުއްވާފައިވެއެވެ. އޭގެ خُلَاصَة އަކީ: أَوْسُ بْنُ الصَّامِتُ، އެކަލޭގެފާނުގެ އަނބިކަނބަލުން خَوْلَةُ بِنْتِ ثَعْلَبَة މަޔެކޭ ހަމަކުރެއްވިއެވެ. މިސޫރަތުގައި ބަޔާންވެގެންމިވާ ظِهَارُ ގެ حُكُم އެބަހީ މަޔެކޭ ހަމަކުރުމުގެ حُكُم ބާވައިލެއްވުމުގެ ކުރިން މީހަކު ތިމާގެ އަނބިމީހާ މަޔެކޭ ހަމަކޮށްފީމޭ ބުނެފިއްޔާ ދެމީހުން ދެން އަބަދަށް ވަރިވީއެވެ. މިހެންވެ އެކަމަނާ ކަންބޮޑުވެގެން رَسُوْلُ اللَّهِ ﷺ ގެ އަރިހަށްގޮސް އެވާހަކަ ދެންނެވުމުން އެކަލޭގެފާނު حَدِيْث ކުރެއްވީ އެކަމާ ބެހޭ حُكُم އެއް ނެތްކަމަށެވެ. އަލުންވެސް އެކަމަނާ އެކަމަނާގެ حَال ގެ ވާހަކަ بَيَان ކޮށް ވާހަކަ تَكْرَار ކުރައްވައެވެ. އެކި ފަހަރު އެކި عِبَارَة ންނެވެ. އެކަމަނާގެ މައްސަލައާއި ގުޅިގެން މި ދެއާޔަތާއި އަދި މީގެފަހުގައިވާ ދެ އާޔަތް ބާވައިލެއްވީއެވެ. ظِهَارُ ކުރުމުގެ އެންމެހާ حُكُم ބާވައިލެއްވީއެވެ.

  4. 58:3

    وَٱلَّذِينَ يُظَـٰهِرُونَ مِن نِّسَآئِهِمْ ثُمَّ يَعُودُونَ لِمَا قَالُوا۟ فَتَحْرِيرُ رَقَبَةٍ مِّن قَبْلِ أَن يَتَمَآسَّا ۚ ذَٰلِكُمْ تُوعَظُونَ بِهِۦ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ

    Wallaẓeena yuz̤̣aahiroona min nisaaaʹihim s̤umma yaʻoodoona limaa q̣aaloo fataḥreeru raq̣abatim miñ q̣abli ʹañy yatamaaassaa: ẓaalikum tooʻaz̤̣oona bih: wallaahu bimaa taʻmaloona khabeer.

    އަދި ތިމާމެންގެ އަނބިން ތިމާމެންގެ މައިންނެކޭ އެއްފަދަކުރާ މީހުން ދެން އެމީހުން އެބުނި ބުނުން އަނބުރާ ގެނަސް އެމީހުންގެ އަނބީންނާއި جِمَاع ވުމަށް قَصْدُ ކުރާނަމަ އެދެމީހުން جِمَاع ވުމުގެ ކުރިން އަޅަކު މިނިވަންކުރުން ހުއްޓެވެ. (އެއީ އޭނާ އެބުނި ނުބައި ދޮގު ބަހުގެ އަދަބަކަށެވެ. އެކަމުގެ كَفَّارَة އަކަށެވެ.) ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވަނީ އެފަދައިންނެވެ. އަދި ﷲ އީ ކަލޭމެން ކުރާހާ ކަމެއްގެ خَبَر ދެނެވޮޑިގެންވާ ކަލާނގެއެވެ.

  5. 58:4

    فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِن قَبْلِ أَن يَتَمَآسَّا ۖ فَمَن لَّمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًا ۚ ذَٰلِكَ لِتُؤْمِنُوا۟ بِٱللَّهِ وَرَسُولِهِۦ ۚ وَتِلْكَ حُدُودُ ٱللَّهِ ۗ وَلِلْكَـٰفِرِينَ عَذَابٌ أَلِيمٌ

    Famal lam yajid faṣiyaamu shahrayni mutataabiʻayni miñ q̣abli ʹañy yatamaaassaa. Famal lam yastaṭiʻ faʹiṭʻaamu sitteena miskeenaa. Ẓaalika lituʹminoo billahi wa-Rasoolih-Wa tilka Ḥudoodul laah; Wa-lilkaafireena ʻAẓaabun ʹaleem.

    ދެންފަހެ އަޅަކު މިނިވަން ކުރާން ނުލިބުނު މީހާ (އަޅަކު ނުލިބިގެން ނަމަވެސް، އަދި އަޅަކު ގަންނަހާ ފައިސާ ތިމާގެ އަތުގައި ނެތިގެން ނަމަވެސް އެކަން ނުކުރެވުނު މީހާއަށް) ދެން އޮތީ ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފުމެވެ. އެއީ އެ ދެމަފިރީން جِمَاع ވުމުގެ ކުރީންނެވެ. ދެންފަހެ، ދެމަސްދުވަހު ރޯދަ ހިފުމަށް ކުޅަދާނަ ނުވި މީހަކުނަމަ ދެން އޮތީ ފަސްދޮޅަސް مِسْكِينންނަށް ކާން ދިނުމެވެ. (އެއީ ކޮންމެ مِسْكِين އަކު އެއްފަހަރު ބަނޑު ފުރޭވަރަށް ދިނުމެވެ. މިކަމާ ބެހޭ تَفْصِيل ތައް فِقْه ފޮތްތަކާއި، حَدِيث ފޮތްތަކުގައި بَيان ވެގެން ވެއެވެ.)\nއިސްވެދިޔަ حُكْم ތަކަކީ ކަލޭމެން ﷲ އަށާއި، އެކަލާނގެ رَسُول އާ އަށް إيْمان ވުމަށް ޓަކައި ﷲ ކަނޑައަޅުއްވާފައިވާ حُكْم ތަކެވެ. އަދި އެއީ ﷲ ކަނޑައަޅުއްވާފައިވާ حَدّ ތަކެވެ. އިންތަކެވެ. އެތަންތަން ފަހަނަޅައި ގޮސްގެން ނުވާނެއެވެ. (އެތަންތަން ފަހަނަޅައި ގޮސް ﷲ ގެ أمر ފުޅުތަކާއި، حُكْم ފުޅުތަކަށް ކިޔަމަންނުވެ إيْمان ނުވެއްޖެ މީހާއީ كافِر އެކެވެ.) އަދި كافِر ންނަށް ހުރީ ވޭންދެނިވި عَذاب އެވެ.\nދަންނައެވެ. އިސްވެދިޔަ އާޔަތްތަކުގައި بَيان ވެގެން އެވަނީ ظِهار ކުރުމުގެ ކުށުގެ ވާހަކަޔާއި، އެކަމުގެ އަދަބުގެ ވާހަކައެވެ. ظِهار ކުރުމަކީ ތިމާގެ އަނބިމީހާއާ ދިމާއަށް (أَنْتِ عَلَيَّ كَظَهْرِ أُمِّى) އެބަހީ [ކަލޭ އަހުރެންގެ މައްޗަށް އަހުރެންގެ މަންމަގެ ބުރިކަށި ފަދައެވެ.] މިފަދައިން ބުނުމެވެ. އޭގެ މާނައަކީ [ކަލެއެކޭ އަހުރެންގެ މަންމައެކޭ އެއްފަދައެވެ. މަންމަ ގާތުގައި ރޭކުރުމަކީ حَرام ކަމެއް ކަމުގައި ވީ ފަދައިން ކަލޭގެ ގާތުގައި އަހުރެން ރޭކުރުންވެސް އަހުރެންނަށް حَرام އެވެ.] މިއެވެ. އިސްލާމުދީނުގައި މި حُكْم އައުމުގެ ކުރީން މީހަކު ތިމާގެ އަންހެނުންނާ ދިމާއަށް އެފަދައިން ބުނެފިއްޔާ ދެން އެ ދެމީހުން ވަރިވީއެވެ. ދުވަހަކުވެސް ދެން ނުއިނދެވޭނެއެވެ. އެހެން ނަމަވެސް މި އާޔަތްތައް ބާވައިލެއްވުމުން އެކަން ކެންސަލްވީއެވެ. އެ ދެމީހުން ވަރިއެއް ނުވާނެއެވެ. އެ ބުނިބުނުމަށް كَفّارَة ދިނީމާ އަލުންވެސް އަނބިމީހާ ގާތުގައި ރޭކުރުން ހުއްދަވީއެވެ. އެކަމުގެ كَفّارَة އަކީ (1) އަޅަކު މިނިވަން ކުރުން. ނުވަތަ (2) ވިދިވިދިގެން ދެމަސް ދުވަހު ރޯދަ ހިފުން. ނުވަތަ (3) ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުން. މިއެވެ. މިއިން ކޮންމެވެސް އެއް ކަމެކެވެ. އެމީހަކަށް ކުޅަދާނަވީ އެންމެ މަތީ ކަމެކެވެ.

  6. 58:5

    إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥ كُبِتُوا۟ كَمَا كُبِتَ ٱلَّذِينَ مِن قَبْلِهِمْ ۚ وَقَدْ أَنزَلْنَآ ءَايَـٰتٍۭ بَيِّنَـٰتٍ ۚ وَلِلْكَـٰفِرِينَ عَذَابٌ مُّهِينٌ

    ʹInnal laẓeena yuḥaaaddoonal laaha wa-Rasoolahoo kubitoo kamaa kubital laẓeena miñ q̣ablihim wa-q̣ad ʹañzalnaaa ʹAayaatim Bayyinaat. Wa-lilkaafireena ʻAẓaabum muheen,―

    ﷲ އަށް ނުކިޔަމަންތެރިވެ، ﷲ އާއި، އެކަލާނގެ رَسُول އާއި خِلاف ވެ، ދެކޮޅުހަދައި، ﷲ ގެ حَدّ ތަކުން ބޭރުވެގަންނަ މީހުން ދަންނައެވެ. އިސްވެދިޔަ އެފަދަ މީހުންވެސް ދެރަކުރެވި، ނިކަމެތިކުރެވުނު ފަދައިން އެމީހުންވެސް ދެރަކުރެވި، ނިކަމެތި ކުރެވިއްޖެއެވެ. (ކޮންމެ ތާކު، އަދި ކޮންމެ ޒަމާނެއްގައިވެސް ﷲ އެފަދަ މީހުން ދެރަކުރައްވައި، ނިކަމެތިކުރައްވާނެއެވެ.) އަދި ހަމަކަށަވަރުން ބަޔާންވެގެންވާ آيَة ތައް ތިމަން ރަސްކަލާނގެ ބާވައިލެއްވީމެވެ. އެބަހީ ތިމަން ރަސްކަލާނގެއާ އިދިކޮޅުވާ މީހުންނަށް (އިސްވެދިޔަ أُمّة ތަކުގައިވެސް) ޢިބުރަތަކަށް ފުދޭވަރުގެ آيَة ތައް ބާވައިލެއްވީމެވެ. އަދި ކާފަރުވީ މީހުންނަށް ހުންނަހުށީ ހަމަ ވޭންދެނިވި، އިހާނެތިވެގެންވާ عَذاب އެވެ.

  7. 58:6

    يَوْمَ يَبْعَثُهُمُ ٱللَّهُ جَمِيعًا فَيُنَبِّئُهُم بِمَا عَمِلُوٓا۟ ۚ أَحْصَىٰهُ ٱللَّهُ وَنَسُوهُ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ شَهِيدٌ

    Yawma yabʻas̤uhumul laahu jameeʹañ fayunabbiʹuhum̃ bimaa ʻamiloo. ʹAḥṣaahul laahu wa-nasooh: wallaahu ʻalaa kulli shayʹiñ Shaheed.

    އެމީހުންނަށް އެފަދަ إهانَة ތެރި عَذاب ހުންނަހުށީ އެންމެހައި މީސްތަކުން އަލުން ދިރިގެން مَحْشَر އަށް ފޮނުވޭ ދުވަހުންނެވެ. އަދި ދުނިޔޭގައި އެބައިމީހުން ކޮށްފައިވާ އެންމެހައި عَمَل ތަކުގެ خَبَر، ﷲ އެމީހުންނަށް އަންގަވާނެއެވެ. ﷲ އެ ހުރިހައި عَمَل އެއް އެއްވެސް އުނިއިތުރެއް ނުކުރައްވައި ހިމަނުއްވައި، ބަރާބަރު ކުރައްވާފައި ވެއެވެ. އަދި އެމީހުން ވަނީ އެ عَمَل ތަކުގެ މަތީން ހަނދާން ނައްތާލައިފައެވެ. އަދި اللَّهއީ ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގަންނަވާ ކަލާނގެއެވެ.

  8. 58:7

    أَلَمْ تَرَ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ مَا يَكُونُ مِن نَّجْوَىٰ ثَلَـٰثَةٍ إِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إِلَّا هُوَ سَادِسُهُمْ وَلَآ أَدْنَىٰ مِن ذَٰلِكَ وَلَآ أَكْثَرَ إِلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا۟ ۖ ثُمَّ يُنَبِّئُهُم بِمَا عَمِلُوا۟ يَوْمَ ٱلْقِيَـٰمَةِ ۚ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ

    ʹAlam tara ʹannal laaha yaʻlamu maa- fis samaawaati wa-maa fil ʹarḍ? Maa- yakoonu min najwaa s̤alaas̤atin ʹillaa Huwa raabiʻuhum wa-laa khamsatin ʹillaa Huwa saadisuhum wa-laaa ʹadnaa miñ ẓaalika wa-laaa ʹaks̤ara ʹillaa Huwa maʻahum ʹayna maa kaanoo: s̤umma yunabbiʹuhum̃ bimaa ʻamiloo Yawmal Q̣iyaamah. ʹInnal laaha bikulli shayʹin ʻAleem.

    (އޭ رَسُولُ اللَّهِ އެވެ!) ﷲ تَعالَى އުޑުތަކާއި، ބިމުގައި ވާހައި ތަކެތި ދެނެވޮޑިގެންވާކަން ކަލޭގެފާނަށް އެނގިވަޑައިނުގަންނަވާ ތޯއެވެ؟ ތިން މީހަކު ތިބެގެން نَجْوَى އެއް ކުރާނަމަ (އެބަހީ ތިން މީހަކު ތިބެގެން ސިއްރު ވާހަކައެއް ދައްކާނަމަ) އެމީހުންގެ ހަތަރުވަނަ މީހަކަށް ﷲ ވޮޑިގެންވެއެވެ. (އެއީ އެކަލާނގެ ދެނެވޮޑިގަތުމާއި، قُدْرَة ތެރިވަންތަ ކަމުގެ ގޮތުންނެވެ. އެބަހީ ހަތަރުވަނައަށް އެކަލާނގެ ދެނެވޮޑިގަތުމާއި، قُدْرَة ތެރިވަންތަ ކަމުގެ ގޮތުން އެކަލާނގެ ވޮޑިގެން ވާނެއެވެ.) އަދި ފަސް މީހުން نَجْوَى އެއް ކުރަންޏާ، ހަވަނައަށް އެކަލާނގެ ވޮޑިގެން ވެއެވެ. އަދި ކިތަންމެ މަދު ބަޔަކު نَجْوَى ކުރިޔަސް، އަދި ކިތަންމެ ގިނަ ބަޔަކު نَجْوَى ކުރިޔަސް، އަދި ކޮންމެ ތާކު ކުރިޔަސް، އެތަނެއްގައި އެ ބައެއްގެ ތެރޭގައި (ދެނެވޮޑިގަތުމާއި، قُدْرَة ތެރިކަމުގެ ގޮތުން) އެކަލާނގެ ވޮޑިގެން ވާނެއެވެ. ދެން އެމީހުން އެކުރި ހުރިހައި ކަމެއްގެ، އަދި ދެއްކި ވާހަކައެއްގެ خَبَر قِيامَة ދުވަހުން އެކަލާނގެ ދެއްވާނެއެވެ. ހަމަކަށަވަރުން ﷲ تَعالَىއީ ހުރިހައި ކަމެއް ދެނެވޮޑިގެންވާކަލާނގެއެވެ.

  9. 58:8

    أَلَمْ تَرَ إِلَى ٱلَّذِينَ نُهُوا۟ عَنِ ٱلنَّجْوَىٰ ثُمَّ يَعُودُونَ لِمَا نُهُوا۟ عَنْهُ وَيَتَنَـٰجَوْنَ بِٱلْإِثْمِ وَٱلْعُدْوَٰنِ وَمَعْصِيَتِ ٱلرَّسُولِ وَإِذَا جَآءُوكَ حَيَّوْكَ بِمَا لَمْ يُحَيِّكَ بِهِ ٱللَّهُ وَيَقُولُونَ فِىٓ أَنفُسِهِمْ لَوْلَا يُعَذِّبُنَا ٱللَّهُ بِمَا نَقُولُ ۚ حَسْبُهُمْ جَهَنَّمُ يَصْلَوْنَهَا ۖ فَبِئْسَ ٱلْمَصِيرُ

    ʹAlam tara ʹilal laẓeena nuhoo ʻanin najwaa s̤umma yaʻoodoona limaa nuhoo ʻanhu wa-yatanaajawna bil-ʹis̤mi walʻudwaani wa-maʻṣiyatir Rasool. Wa-ʹiẓaa jaaaʹooka ḥayyawka bimaa lam yuḥayyika bihil laahu wa-yaq̣ooloona feee ʹañfusihim Law-laa yuʻaẓẓibunal laahu bimaa naq̣ool? Ḥasbuhum Jahannam: yaṣlawnahaa, fabiʹsal maṣeer!

    نَجْوَى ކުރުން އެބަޔަކަށް ނަހީ ކުރެވުނުމަށްފަހު ދެން އަލުންވެސް އެކަމަށް އެމީހުން رُجُوع ވެ، نَجْوَى ކުރަމުންދާ މީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެމީހުން نَجْوَى ކުރަމުން އެ ދަނީ ފާފަވެރި ވެވޭ، އަދި عَداوَة ތެރި ވެވޭނޭ ގޮތުންނެވެ. އަދި رَسُولُ اللَّهِ ﷺ އާއި އުރެދުމުގައެވެ. އަދި ކަލޭގެފާނުގެ އަރިހަށް އެމީހުން އަތުވެއްޖެއްޔާ އެމީހުން ކަލޭގެފާނާ އެ ސަލާންކުރަނީ ﷲ ކަލޭގެފާނަށް ސަލާންކުރައްވާފައި ނުވާ ފަދައަކުންނެވެ. އަދި އެފަދައިން ކަންކޮށްފައި، އެމީހުން އަމިއްލަ-އަމިއްލައަށް ބުނެއެވެ. [އަހުރެމެން މި ކުރި ކަންތަކަށް، އަހުރެމެން މި ބުނި ބަހަށް ﷲ އަހުރެމެންނަށް އަނެއްކާ عَذاب ނުދެއްވާނޭ ބާވައެވެ؟ عَذاب ދެއްވާފާނޭ ކަންވެސްނޭނގެއެވެ.] އެމީހުންގެ އެ ނުބައިކަމަށް ނަރަކަ ފުދެއެވެ. قِيامَة ދުވަހުން އެމީހުން އެތާ އަނދާނެއެވެ. އެއީ ގޮސްތިބުން ވަރަށްވެސް ނުބައިވެގެންވާ ތަނެކެވެ.\nމި ދެއާޔަތުގައި ސިފަވެގެން މިދަނީ رَسُولُ اللَّهِ ގެ ޒަމާނުގައި يَهُودِي ންގެ ބަޔަކު ކަންތައް ކުރި ގޮތެއްގެ ވާހަކަ އަކާއި، އެބައިމީހުންގެ آخِر ނަތީޖާގެ ވާހަކައެވެ. (ألْواحِدِى ވިދާޅުވިއެވެ. [تَفْسِير عِلْم ވެރީން ވިދާޅުވިއެވެ. مُنافِق ންގެ މީހުންނާއި، يَهُودِي ންނާ ދެބައިމީހުން އެއްވެ ތިބެގެން ސިއްރު ވާހަކަ ދައްކާ ކަމުގައި ވިއެވެ. އެމީހުން مُؤْمِن ންގެ މީހުންނަށް ހީކުރުވަނީ مُؤْمِن ންގެ ނުބަޔަށް ސިއްރު ވާހަކަ ދައްކާ ކަމަށެވެ. ދެން އޭގެ ސަބަބުން مُؤْمِن ންގެ މީހުންނަށް ވަރަށް ހިތާމަވެރިކަން އާދެއެވެ. އެޒަމާނަކީ ހަނގުރާމައިގެ ވަގުތެވެ. އަދި مُؤْمِن ންނާއި، يَهُودِي ންނާ ދެމެދު صُلْح ގެ مُعاهَدَة އެއް ވެސް ވެފައިވާ ވަގުތެވެ. ދެންފަހެ، މި يَهُودِي ންގެ މި عَمَل ގިނަވެގެން مُؤْمِن ން رَسُولُ اللَّهِ ﷺ އަށް އެކަމުގެ شَكْوَى ދަންނަވައި ހަދައިފިއެވެ. އެހެންވެ رَسُولُ اللَّهِ ﷺ، يَهُودِي ންނަށް އެކަން މަނާކުރައްވައި، ނަހީކުރައްވައިފިއެވެ. އެހެން ނަމަވެސް އެމީހުން އެކަމުން މަނާވެ، ދުރުނުވިއެވެ. އިސްވެދިޔަ ދެ آيَة ގައި އެ އިޝާރަތް ކުރައްވާ އެއްކަމަކީ އެއީއެވެ. = فَتْحُ الْقَدِير =\nއަނެއް ވާހަކަޔަކީ يَهُودِي ންގެ މީހުން رَسُولُ اللَّهِ ﷺ ގެ އަރިހަށް އައިސް އެކަލޭގެފާނަށް ނުބައި عِبارة ން سَلام ކުރާ ވާހަކައެވެ. سَلام ކުރުމަށް އެމީހުން ބޭނުންކުރާ عِبارة އަކީ (السَّامُ عَلَيْكَ އެވެ. އޭގެ މުރާދަކީ އެކަލޭގެފާނު މަރުވުމަށް އެމީހުން دُعاء ކުރުމެވެ.) = فَتْحُ الْقَدِير =\nﷲ سُبْحانَهُ وَتَعالَى مُؤْمِن ންނަށް އެކަންކަން އަންގަވައި، އެ مُنافِق ންނާއި، يَهُودِي ންގެ خَبَر ތައް بَيان ކުރެއްވީއެވެ. އެމީހުން مُؤْمِن ންނަށް ނުބައިހީކުރުވުމަށްނުބައި ސިއްރު ވާހަކަ ދައްކާން ތިންމީހުން ތިއްބަސް ހަތަރުވަނަޔަށް އެކަލާނގެވޮޑިގެން ވާނޭ ކަމާއި، ކިތަންމެ މަދު ބަޔަކު ތިއްބަސް، އަދި ކިތަންމެ ގިނަ ބަޔަކު ތިއްބަސް، އަދި ކޮންމެ ތާކު ތިބެގެން ވާހަކަދެއްކިޔަސް ﷲ އެކަން ދެނެވޮޑިގެންވާނޭކަން އަންގަވައި بَيان ކުރެއްވީއެވެ. އަދި އިސްވެ ދިޔަފަދަ ނުބައި عَمَل ތައް ކުރާ މީހުންގެ ޖާގަޔަކީ قِيامَة ދުވަހުން ނަރަކަ ކަމާއި، އެމީހުންނަށް އެތަން ފުދޭވަރު ވާނޭކަންވެސް އެންގެވީއެވެ. މި ވާހަކަތައް ދިގުކޮށް تَفْصِيل ކޮށް تَفْسِير ފޮތްތަކުގައި ލިޔެވިގެން ވެއެވެ. އެހެންވެ، އެ ވާހަކަތައް ހަނދާންކޮށްލީއެވެ.

  10. 58:9

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا تَنَـٰجَيْتُمْ فَلَا تَتَنَـٰجَوْا۟ بِٱلْإِثْمِ وَٱلْعُدْوَٰنِ وَمَعْصِيَتِ ٱلرَّسُولِ وَتَنَـٰجَوْا۟ بِٱلْبِرِّ وَٱلتَّقْوَىٰ ۖ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ إِلَيْهِ تُحْشَرُونَ

    Yaaaʹayyuhal laẓeena ʹaamanooo ʹiẓaa tanaajaytum falaa tatanaajaw bil-ʹis̤mi wal-ʻudwaani wa-maʻsiyatir Rasooli wa-tanaajaw bil-birri wattaq̣waa; wattaq̣ul laahal laẓeee ʹilayhi tuḥsharoon.

    އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން نَجْوَى ކުރަންޏާ ފާފަވެރި ވެވޭފަދަ އަދި عَداوَة ތެރި ވެވޭފަދައިން نَجْوَى ނުކުރާށެވެ. އެބާވަތުގެ ވާހަކަ ނުދައްކާށެވެ. އަދި رَسُول އަށް އުރެދެވޭފަދަ نَجْوَى ނުކުރާށެވެ. އަދި އެހެނެއް ކަމަކު ތިޔަބައިމީހުން نَجْوَى ކުރަންޏާވެސް ހެޔޮކަންތަކާއި، تَقْوَى ވެރިވެވޭ ކަންކަމުގައި نَجْوَى ކުރާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް تَقْوَى ވެރި ވާށެވެ. އެކަލާނގެއީ އެކަލާނގެ حَضْرَة އަށް ތިޔަބައިމީހުން مَحْشَر ކުރެވޭނޭ ކަލާނގެއެވެ.

  11. 58:10

    إِنَّمَا ٱلنَّجْوَىٰ مِنَ ٱلشَّيْطَـٰنِ لِيَحْزُنَ ٱلَّذِينَ ءَامَنُوا۟ وَلَيْسَ بِضَآرِّهِمْ شَيْـًٔا إِلَّا بِإِذْنِ ٱللَّهِ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ

    ʹInnaman najwaa minash Shayṭaani liyaḥzunal laẓeena ʹaamanoo wa-laysa biḍaaarrihim shayʹan ʹillaa biʹiẓnil laah; wa-ʻalal laahi falyatawakkalil Muʹminoon.

    ހަމަކަށަވަރުން ފާފަވެރި ވެވޭ، އަދި عَدَاوَة ތެރި ވެވޭ نَجْوَى އަކީ ސައިތާނުގެ ފަރާތުން ވާ ކަމެކެވެ. އޭނާގެ ރޭވުމެކެވެ. އެއީ إِيْمَان ވެގެން ވާ މީސްތަކުންނަށް ހިތާމަވެރިކަން ޖެއްސުމަށް ޓަކައި ކުރާ ކަމެކެވެ. އެކަމަކު ﷲ ގެ އިޒުނަފުޅާ ލައިގެން މެނުވީ އެކަމުން އެމީހުންނަށް، އެބަހީ مُؤْمِن ންނަށް އެއްވެސް ގެއްލުމެއް ދެވޭނޭ ކަމުގައި ނުވެއެވެ. އަދި مُؤْمِن ން ހަމައެކަނި ﷲ އަށް وَكِيل ކޮށް، ބަރޯސާ ކުރާހުށި ކަމެވެ. އިތުބާރު ކުރާހުށި ކަމެވެ.

  12. 58:11

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قِيلَ لَكُمْ تَفَسَّحُوا۟ فِى ٱلْمَجَـٰلِسِ فَٱفْسَحُوا۟ يَفْسَحِ ٱللَّهُ لَكُمْ ۖ وَإِذَا قِيلَ ٱنشُزُوا۟ فَٱنشُزُوا۟ يَرْفَعِ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَٱلَّذِينَ أُوتُوا۟ ٱلْعِلْمَ دَرَجَـٰتٍ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ

    Yaaaʹayyuhal laẓeena ʹaamanooo ʹiẓaa q̣eela lakum tafassaḥoo fil majaalisi fafsahoo yafsaḥil laahu lakum. Wa-ʹiẓaa q̣eelañ shuzoo fañshuzoo yarfaʻil laahul laẓeena ʹaamanoo miñkum wallaẓeena ʹootul ʻIlma darajaat. Wallaahu bimaa taʻmaloona khabeer.

    އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. مَجْلِس ތަކުގައި (އެހެން މީހުން އިށީންނާން) [ކަލޭމެން ތަނަވަސްކޮށްލާށޭ] ކަލޭމެންނަށް ބުނެވިއްޖެއްޔާ ފަހެ ކަލޭމެން މަޖްލިސް ތަނަވަސްކޮށްލާށެވެ. އެއިރުން ﷲ ކަލޭމެންނަށް ތަނަވަސް ކޮށްދެއްވާނެއެވެ. އަދި [ކަލޭމެން ތެދުވާށޭ] ކަލޭމެންނަށް ބުނެވިއްޖެއްޔާ ދެން ކަލޭމެން ތެދުވާށެވެ. ފަހެ ﷲ ކަލޭމެންކުރެ إِيْمَان ވީ މީހުންނާއި، އަދި عِلْم އުނގެނުނު މީހުން މަތިވެރި އެތައް ދަރަޖަތަކަކަށް އުފުއްލަވާނެއެވެ. އަދި ކަލޭމެން ކުރާހައި ކަމެއްގެ خَبَر ﷲ ދެނެވޮޑިގެން ވެއެވެ. (قِيامَة ދުވަހުން އެ ކަންކަމުގެ ﷲ ކަލޭމެންނަށް ދެއްވާނެތެވެ.)\nނޯޓް: މި އާޔަތުން އިޝާރާތްވެގެން މިވަނީ رَسُولُ اللَّهِ ﷺ ގެ أصْحاب ންގެ މެދުގައި ދިމާވި مَسْأَلَة އަކަށެވެ. އެ ވާހަކައިގެ خُلاصَة އަކީ: بَدْر ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި أصْحاب ންނަށް رَسُولُ اللَّهِ ﷺ އިތުރު ސަމާލުކަމެއް ބަހައްޓަވާ ކަމުގައި ވިއެވެ. އެއްދުވަހަކު رَسُولُ اللَّهِ ﷺ އާއި، ބައެއް أصْحاب ން مَجْلِس ގައި ތިއްބަވަނިކޮށް بَدْر ހަނގުރާމައަށް ވަޑައިގެންނެވި ބޭކަލުންކުރެ ބައެއް ބޭކަލުން ވަޑައިގެން رَسُولُ اللَّهِ ﷺ އާ ސަލާންކުރައްވައި، ދެންވެސް ތިއްބެވި ބޭކަލުންނަށް سَلام ކުރެއްވުމަށްފަހު އެކަލޭގެފާނާ ދިމާވާ ގޮތަށް ކޮޅަށް ތިއްބެވިއެވެ. އެއީ އިށީނދެވަޑައިގަންނަވާނޭ ތަންކޮޅެއް ނެތިގެންނެވެ. އެ ބޭކަލުން އެހެން ތިއްބެވީތީ އެކަން އެކަލޭގެފާނަށް ބޮޑުފުޅުވެގެން އެބޭކަލުންނަށް ތަން ދެއްވާން ވެގެން ކުރީން އިށީނދެވަޑައިގެން ތިއްބެވި ބޭކަލުން ކުރެ ބައެއް ބޭކަލުން ތެދުވެވަޑައިގެންނެވުމަށް ވިދާޅުވި ކަމުގައި ވިއެވެ. އެއީ ބަދުރުގެ ބޭކަލުންނަށް މާތްކޮށް ހިއްތެވުމަށް ޓަކައެވެ. މިކަމާ ގުޅިގެން މި އާޔަތް ބާވައިލެއްވީ ކަމުގައި ވިއެވެ. = فتح القدير - إبن كثير =

  13. 58:12

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نَـٰجَيْتُمُ ٱلرَّسُولَ فَقَدِّمُوا۟ بَيْنَ يَدَىْ نَجْوَىٰكُمْ صَدَقَةً ۚ ذَٰلِكَ خَيْرٌ لَّكُمْ وَأَطْهَرُ ۚ فَإِن لَّمْ تَجِدُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ

    Yaaaʹayyuhal laẓeena ʹaamanooo ʹiẓaa naajaytumur Rasoola faq̣addimoo bayna yaday najwaakum ṣadaq̣ah. Ẓaalika khayrul lakum wa-ʹaṭhar. Faʹil lam tajidoo faʹinnal laaha G̣afoorur Raḥeem.

    އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން رَسُولُ اللَّهِ ﷺ އާ ސިއްރު ވާހަކައެއް ދައްކާން قَصْد ކުރަންޏާ އެ ވާހަކައެއް ދައްކާން ފެށުމުގެ ކުރީން صَدَقاة އެއް ކުރާށެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮވެފައި طاهر ކަން ބޮޑެވެ. ދެންފަހެ ތިޔަބައިމީހުންނަށް صَدَقاة ކުރާނޭ މިންވަރެއް ނުލިބިއްޖެނަމަވެސް ކުށެއް ނެތެވެ. އެހެނީ ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ، رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  14. 58:13

    ءَأَشْفَقْتُمْ أَن تُقَدِّمُوا۟ بَيْنَ يَدَىْ نَجْوَىٰكُمْ صَدَقَـٰتٍ ۚ فَإِذْ لَمْ تَفْعَلُوا۟ وَتَابَ ٱللَّهُ عَلَيْكُمْ فَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥ ۚ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ

    ʹAʹashfaq̣tum ʹañ tuq̣addimoo bayna yaday najwaakum ṣadaq̣aat? Faʹiẓ lam tafʻaloo wa-taabal laahu ʻalaykum faʹaq̣eemuṣ Ṣalaata wa-ʹaatuz Zakaata wa-ʹaṭeeʻul laaha wa-Rasoolah. Wallaahu khabeerum bimaa taʻmaloon.

    ތިޔަބައިމީހުން އެފަދަ ވާހަކައެއް ދެއްކުމުގެ ކުރީން صَدَقاة ދީގެން فَقِير ވެދާނޭ ކަމަށް ބިރުވެތިވަނީ ހެއްޔެވެ؟ ފަހެ އެފަދަ صَدَقاة އެއް ތިޔަބައިމީހުންނަށް ނުދެވިއްޖެއްޔާ / (ނުލިބިއްޖެ) ހިނދުން، ތިޔަބައިމީހުންނަށް ﷲ تَوْبَة ލައްވައިފިއެވެ. ދެންފަހެ ތިޔަބައިމީހުން ނަމާދު قائِم ކޮށް، ޒަކާތް ދޭށެވެ. އަދި ﷲ އަށާއި، އަދި އެކަލާނގެ رَسُول އާ އަށް ކިޔަމަންތެރި ވާށެވެ. ﷲ އީ ތިޔަބައިމީހުން ކުރާހައި ކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ. އެ ކަންކަމުގެ خَبَر قِيامَة ދުވަހުން އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވާނެއެވެ.\nނޯޓް: إبن عَبَّاس ގެ އަރިހުން إبن المُنْذِر އާއި، إبن أبِى حاتِم އާއި، إبن مَوْدُوَيه ރިވާކުރައްވައި، ނެރުއްވާފައި ވެއެވެ. مُسْلِمންގެ ބައެއް މީހުން رَسُولُ اللَّهِ ﷺ އާ އެކި ބާވަތުގެ ސުވާލުތައް ކުރުން ގިނަކުރުމުން ﷲ تَعالَى އެކަން އެކަލޭގެފާނަށް ލުއިކުރެއްވުމަށް އިރާދަކުރައްވައި، އިސްވެދިޔަ ދެ އާޔަތް ބާވައިލެއްވިއެވެ. އެޔާ ގުޅިގެން މީސްތަކުން އެކަލޭގެފާނާ ގިނަ ސުވާލުތައް ކުރުން ދޫކޮށްލައްވައިފިއެވެ. އަދި ދާދި އަވަހަށް އެ حُكْم مَنْسُوخ ވެއްޖެއެވެ. = تَفْسِير فتح القدير =

  15. 58:14

    ۞ أَلَمْ تَرَ إِلَى ٱلَّذِينَ تَوَلَّوْا۟ قَوْمًا غَضِبَ ٱللَّهُ عَلَيْهِم مَّا هُم مِّنكُمْ وَلَا مِنْهُمْ وَيَحْلِفُونَ عَلَى ٱلْكَذِبِ وَهُمْ يَعْلَمُونَ

    ʹAlam tara ʹilal lazeena tawallaw q̣awman g̣aḍibal laahu ʻalayhim? Maa- hum miñkum wa-laa minhum wa-yaḥlifoona ʻalal kaẓibi wa-hum yaʻlamoon.

    ﷲ އެބައިމީހުންގެ މައްޗަށް ކޯފާ ލައްވާފައިވާ މީހުން އެއީ ތިމާމެންގެ ވެރީން ކަމުގައި ހަދައިގެން އުޅޭ މީހުންނަށް ކަލޭގެފާނު ނުބައްލަވަނީތޯއެވެ؟ (އެބަހީ يَهُودِي ންނަކީ ތިމާމެންގެ ވެރީން ކަމުގައި ހަދައިގެން މިއުޅޭ مُنافِق ންގެ މީހުންގަނޑަށް ކަލޭގެފާނު ނުބައްލަވަނީތޯއެވެ؟) އެމީހުން ކަލޭމެން (مُؤْمِن ން) ގެ ތެރެއިން ނުވެއެވެ. އަދި އެމީހުން އެ يَهُودِي ންގެ ތެރެއިންވެސް ނުވެއެވެ. (އެއީ ހަމަ އޮރިޖިނަލް މުނާފިގުންނެވެ.) އެމީހުން ހަމަ ރަނގަޅަށް ދޮގެއްކަން ދެނެތިބި ހާލު ތިމާމެންނީ مُسْلِم ންނޭ ކިޔައިގެން ދޮގުހުވައި ކުރަނީއެވެ.

  16. 58:15

    أَعَدَّ ٱللَّهُ لَهُمْ عَذَابًا شَدِيدًا ۖ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ

    ʹAʻaddal laahu lahum ʻaẓaabañ shadeedaa: ʹinnahum saaaʹa maa- kaanoo yaʻmaloon.

    ގަދަވެގެންވާ عَذاب އެއް އެމީހުންނަށް މާތް ﷲ ތައްޔާރު ކުރައްވާނެއެވެ. އެއީ ދުނިޔޭގައި އެމީހުން ކުރަމުން ގެންދާ ކަމުގައި ވީ ނުބައި ކަންތަކުގެ ސަބަބުންނެވެ.

  17. 58:16

    ٱتَّخَذُوٓا۟ أَيْمَـٰنَهُمْ جُنَّةً فَصَدُّوا۟ عَن سَبِيلِ ٱللَّهِ فَلَهُمْ عَذَابٌ مُّهِينٌ

    ʹIttakhaẓooo ʹaymaanahum junnatañ faṣaddoo ʻañ Sabeelil laahi falahum ʻAẓaabum muheen.

    އެމީހުންގެ ހުވައި އެމީހުން އެ ހަދަނީ އެމީހުންގެ ފުރާނަ ސަލާމަތްކުރުމުގެ އައްޑަނައަކަށެވެ. (مُؤْمِن ންގެ ކަނޑިތަކުން ސަލާމަތްވުމުގެ ހަތިޔާރަކަށެވެ.) ފަހެ އެގޮތުން އެހެން މީހުންނަށް އެމީހުން ﷲ ގެ މަގު ބަންދުކުރަނީއެވެ. (إسلام دِين މަތީން އެހެން މީހުން ފޫހިކުރުވައި، އެ دِين އަށް ވަނުމަށް ހުރަސްއަޅަނީއެވެ.) ފަހެ އެމީހުންނަށް ހުރީ إهانة ތެރިވެގެންވާ عَذاب އެކެވެ. (އެއީ قِيامَة ދުވަހުންނެވެ.)

  18. 58:17

    لَّن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَـٰدُهُم مِّنَ ٱللَّهِ شَيْـًٔا ۚ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ

    Lañ tug̣niya ʻanhum ʹamwaaluhum wa-laaa ʹawlaaduhum minal laahi shayʹaa: ʹulaaaʹika ʹAṣḥaabun Naar; hum feehaa khaalidoon.

    އެމީހުންނަށް އެމީހުންގެ މުދަލުން ވިޔަސް، އަދި އެމީހުންގެ ދަރީންގެ ފަރާތުން ވިޔަސް ﷲ ގެ عَذاب ން އެމީހުން ސަލާމަތް ކުރުމަށް އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެއެވެ. އެމީހުންނީ ނަރަކައިގެ އެކުވެރީންނެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާނގައެވެ.

  19. 58:18

    يَوْمَ يَبْعَثُهُمُ ٱللَّهُ جَمِيعًا فَيَحْلِفُونَ لَهُۥ كَمَا يَحْلِفُونَ لَكُمْ ۖ وَيَحْسَبُونَ أَنَّهُمْ عَلَىٰ شَىْءٍ ۚ أَلَآ إِنَّهُمْ هُمُ ٱلْكَـٰذِبُونَ

    Yawma yabʻas̤uhumul laahu jameeʻañ fayaḥlifoona lahoo kamaa yaḥlifoona lakum wa-yaḥsaboona ʹannahum ʻalaa shayʹ. ʹAlaaa ʹinnahum humul kaaẓiboon!

    އަދި ﷲ އެންމެހައި މީސްތަކުން مَحْشَر އަށް ފޮނުއްވާ ދުވަހުން، މިއަދު ކަލޭމެން مُؤْمِن ންގެ ކައިރީގައި ދޮގުހުވައި ކުރާ ފަދައިން އެދުވަހުން ﷲ ގެ حَضْرَة ގައި ތިމާމެންނީ مُسْلِم ންނޭ ކިޔައި ދޮގުހުވައިތައް އެމީހުން ކުރާނެއެވެ. އަދި އެމީހުން އެ ދޮގުހުވައި ކޮށްފައި، އެމީހުން ހީކުރާނީ ތިމާމެންނަށް ފައިދާކުރާ ކަމެއް ކޮށްގެން ތިބި ކަމަށެވެ. ދަންނާށެވެ. އެމީހުންނީ ހަމަ ސީދާ ދޮގުވެރީންނެވެ.

  20. 58:19

    ٱسْتَحْوَذَ عَلَيْهِمُ ٱلشَّيْطَـٰنُ فَأَنسَىٰهُمْ ذِكْرَ ٱللَّهِ ۚ أُو۟لَـٰٓئِكَ حِزْبُ ٱلشَّيْطَـٰنِ ۚ أَلَآ إِنَّ حِزْبَ ٱلشَّيْطَـٰنِ هُمُ ٱلْخَـٰسِرُونَ

    ʹIstaḥwaẓa ʻalayhimush Shayṭaanu faʹañsaahum ẓikral laah. ʹUlaaaʹika Ḥizbush Shayṭaan. ʹAlaaa ʹinna Ḥizbash Shayṭaani humul khaasiroon!

    އެމީހުންގެ މައްޗަށް شَيْطان އާ ގަދަވެގަނެ، ވެރިވެގަތީއެވެ. ދެންފަހެ އެސޮރު ﷲ ގެ ذِكْر ން އެމީހުން ހަނދާން ނައްތުވައިލީއެވެ. އެމީހުންނަކީ ސައިތާނުގެ جَماعَة ގެ މީހުންނެވެ. ދަންނާށެވެ. ސައިތާނުގެ جَماعَة ގެ މީހުންނީ ހަމަ ކަނޑައެޅިގެން ގެއްލި ހަލާކުވެގެންވާ މީހުންނެވެ.

  21. 58:20

    إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥٓ أُو۟لَـٰٓئِكَ فِى ٱلْأَذَلِّينَ

    ʹInnal laẓeena yuḥaaaddoonal laaha wa-Rasoolahooo ʹulaaaʹika fil ʹaẓalleen.

    ހަމަކަށަވަރުން ﷲ އާއި، އެކަލާނގެ رَسُول އާ އާ خِلاف ވެ، ދެކޮޅުވެރިވާ މީހުން ވަނީ ދެރަވެ، ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ.

  22. 58:21

    كَتَبَ ٱللَّهُ لَأَغْلِبَنَّ أَنَا۠ وَرُسُلِىٓ ۚ إِنَّ ٱللَّهَ قَوِىٌّ عَزِيزٌ

    Katabal laahu laʹag̣libanna ʹana wa-rusulee: ʹinnal laaha Q̣awiyyun ʻAzeez.

    ﷲ ނިޔާކުރައްވައި، ނިންމަވާފައިވަނީ ﷲ އާއި، އެކަލާނގެ رَسُول ން ހަމަކަށަވަރުން ގަދަވެ، غالِب ވާނޭކަމުގެ މައްޗަށެވެ. ހަމަކަށަވަރުން ﷲ އީ ނުހަނު ގަދަފަދަވަންތަ، عِزَّة ވަންތަ ކަލާނގެއެވެ.

  23. 58:22

    لَّا تَجِدُ قَوْمًا يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ يُوَآدُّونَ مَنْ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوْ كَانُوٓا۟ ءَابَآءَهُمْ أَوْ أَبْنَآءَهُمْ أَوْ إِخْوَٰنَهُمْ أَوْ عَشِيرَتَهُمْ ۚ أُو۟لَـٰٓئِكَ كَتَبَ فِى قُلُوبِهِمُ ٱلْإِيمَـٰنَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ رَضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ أُو۟لَـٰٓئِكَ حِزْبُ ٱللَّهِ ۚ أَلَآ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ

    Laa- tajidu q̣awmañy yuʹminoona billaahi wal-Yawmil ʹAakhiri yuwaaaddoona man ḥaaaddal laaha wa-Rasoolahoo wa-law kaanooo ʹaabaaaʹahum ʹaw ʹabnaaaʹahum ʹaw ʹikhwaanahum ʹaw ʻasheeratahum. ʹUlaaaʹika kataba fee q̣uloobihimul ʹeemaana wa-ʹayyadahum̃ birooḥim minh. Wa-yudkhiluhum Jannaatiñ tajree miñ taḥtihal ʹanhaaru khaalideena feehaa. Raḍiyal laahu ʻanhum wa-raḍoo ʻanh. ʹUlaaaʹika Ḥizbul laah. ʹAlaaa ʹinna Ḥizbal laahi humul Mufliḥoon.

    ﷲ އަށާއި، އަދި آخِرَة ދުވަހަށް إِيْمَان ވާ މީހުން ﷲ އާއި، އެކަލާނގެ رَسُول އާ އާ އިދިކޮޅުހަދާ މީހުންނަށް ލޯބިކޮށް، ގުޅުންބަހައްޓާ ހަދާތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ. (އެބަހީ ﷲ އަށާއި، آخِرَة ދުވަހަށް إِيْمَان ވާ ބަޔަކު ﷲ އަށާއި، އެކަލާނގެ رَسُول އާއަށް އުރެދި، ދެކޮޅުހަދައި ނުކިޔަމަންތެރިވާ ބަޔަކަށް ލޯބިކޮށް، ގުޅުންބަހައްޓައި ނުހަދާނެއެވެ. އެފަދަ ކަންތައްތައް ކުރުން مُؤْمِن ންނަށް ހުއްދަވެގެން ނުވެއެވެ.) އަދި މިބުނާ ދެކޮޅުވެރި މީހުންނަކީ ތިމާމެންގެ ބަފައިން ކަމުގައި ވިޔަސް، އަދި ނުވަތަ ތިމާމެންގެ ދަރީން ކަމުގައި ވިޔަސް، އަދި ނުވަތަ ތިމާމެންގެ أَخ ން ކަމުގައި ވިޔަސް އަދި ނުވަތަ ތިމާމެންގެ ގާތްތިމާގެ މީހުން ކަމުގައި ވިޔަސް ފަރުވާލެއް ނެތެވެ. އެފަދަ މީހުންނަށް ގުޅުން ބަހައްޓައި، ލޯބިވެތިކަން ބެހެއްޓުން مُؤْمِن ންނަށް ހުއްދަވެގެން ނުވެއެވެ. އެހެނީ مُؤْمِن ންނަކީ އެމީހުންގެ ހިތްތަކަށް ﷲ إِيْمَان ކަން ދެއްވައި، ގަދަކުރައްވައި، އެކަލާނގެ حَضْرَة ން نَصْر ދެއްވާފައިވާ ބައެކެވެ. އަދި އެތަންތާނގެ ދަށުން އާރުތައް ދެމިއޮންނަ ސުވަރުގެތަކަށް އެކަލާނގެ އެމީހުން ވައްދަވާނެތެވެ. އެތަންތާނގައި އެމީހުން ދެމިތިބޭނެއެވެ. އެމީހުންނަށް ﷲ ރުއްސުން ލެއްވިއެވެ. އަދި އެމީހުންވެސް އެކަލާނގެއަށް ރުހިއްޖެއެވެ. އެއީ ﷲ ގެ جَماعَة އެވެ. ދަންނާށެވެ. ކާމިޔާބުވާނޭ މީހުންނަކީ ހަމަ ﷲ ގެ جَماعَة ގެ މީހުންނެވެ. ދަންނައެވެ. މިއާޔަތުން މިދަލީލު ކުރާ އެއްކަމަކީ މުސްލިމުންނޫންމީހުންގެ ފަރާތުން ހަމައެކަނި ސަލާމަތްވެ ރައްކާތެރިވުމަށްޓަކައިމެނުވީ މުސްލިމުނޫން މީހުންނާއި މުސްލިމުންގުޅުންބަހައްޓައި އެމީހުންނީ ތިމާމެންގެ ސަހަރޯވެރިންކަމުގައިބަލައި އެމީހުންނަށް އިތުބާރުކޮށް ގުޅުން ބަހައްޓައިހެދުން އެއްވެސް މުސްލިމަކަށް ހުއްދަނުވާނެކަމެވެ. - وَاللَّهُ وَلِيُّ التَّوْفِيْق -

  24. Surah Al-HashrBegins here at 59:1

  25. 59:1

    سَبَّحَ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ

    Sabbaḥa lillaahi maa- fis samaawaati wa-maa fil ʹarḍ: wa-Huwal ʻAzeezul Ḥakeem.

    އުޑުތަކާއި، ބިމުގައި ވާހައި ތަކެތި ﷲ އަށް تَسْبِيح ކިޔައެވެ. އެކަލާނގެ ހުސް طَاهِر ވަންތަކޮށް، تَقْدِيس ކުރެއެވެ. އެކަލާނގެއީ އެކަލާނގެ އެދިވޮޑިގެންނެވި ކޮންމެ ކަމެއް ކުރެއްވުމަށް ހުރަހެއް އަޅާނޭ އެއްވެސް ފަރާތެއް ނުވާ ގަދަފަދަވަންތަ ކަލާނގެއެވެ. އަދި ކޮންމެ ކަމެއް އޭގެ ޖާގައިގައި ބަހައްޓަވާ حَكِيم ވަންތަ ކަލާނގެއެވެ.

  26. 59:2

    هُوَ ٱلَّذِىٓ أَخْرَجَ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ مِن دِيَـٰرِهِمْ لِأَوَّلِ ٱلْحَشْرِ ۚ مَا ظَنَنتُمْ أَن يَخْرُجُوا۟ ۖ وَظَنُّوٓا۟ أَنَّهُم مَّانِعَتُهُمْ حُصُونُهُم مِّنَ ٱللَّهِ فَأَتَىٰهُمُ ٱللَّهُ مِنْ حَيْثُ لَمْ يَحْتَسِبُوا۟ ۖ وَقَذَفَ فِى قُلُوبِهِمُ ٱلرُّعْبَ ۚ يُخْرِبُونَ بُيُوتَهُم بِأَيْدِيهِمْ وَأَيْدِى ٱلْمُؤْمِنِينَ فَٱعْتَبِرُوا۟ يَـٰٓأُو۟لِى ٱلْأَبْصَـٰرِ

    Huwal laẓeee ʹakhrajal laẓeena kafaroo min ʹAhlil Kitaabi miñ diyaarihim liʹawwalil ḤASHR. Maa- z̤̣anañtum ʹañy yakhrujoo wa-z̤̣annooo ʹannahum Maa-niʻatuhum ḥuṣoonuhum minal laahi faʹataahumul laahu min ḥays̤u lam yaḥtasiboo, wa-q̣aẓafa fee q̣uloobihimur ruʻba yukhriboona buyootahum̃ biʹaydeehim wa-ʹaydil Muʹmineen. Faʻtabiroo yaaaʹulil ʹabṣaar!

    أَهْلُ كِتاب ންގެ ތެރެއިން ކާފަރުވި (بَنُواالنَّضِير) ގެ މީހުން، އެމީހުންގެ ގޯތި-ގެދޮރުން ފުރަތަމަ مَحْشَر އަށް (خَيْبَر އަށް) ނެރުއްވީ ހަމަ އެކަލާނގެއެވެ. އޭ مُؤْمِن ންނޭވެ. އެމީހުންގެ ގޯތި-ގެދޮރުން އެމީހުން ނުކުންނާނޭ ކަމުގައި ތިޔަބައިމީހުން ހީވެސް ނުކުރަމުއެވެ. (އެއީ އެމީހުންގެ عِزّة ތެރިކަމާއި، ފޯރުންތެރިކަމާއި، ގޯތި-ގެދޮރުގެ ވަރުގަދަކަމުންނެވެ.) އަދި އެމީހުން ހީކުރީ ﷲ ގެ حَضْرَة ން އަތުވެދާނޭ ކޯފާއާއި، عَذَاب ން ސަލާމަތްވުމަށް އެމީހުންގެ ގޯތި-ގެދޮރު ފުދޭނޭ ކަމަށެވެ. ގޯތި-ގެދޮރު އެމީހުން ސަލާމަތް ކޮށްދޭނޭ ކަމަށެވެ. ފަހެ އެހެން ނަމަވެސް އެމީހުންނަށް ﷲ ގެ އަމުރުފުޅު އައީ އެމީހުން ހީވެސް ނުކުރާ ގޮތަކަށެވެ. ﷲ އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވިއެވެ. ދެންފަހެ އެމީހުންގެ ގޯތި-ގެދޮރުތައް އެމީހުންގެ އަތްތަކުންނާއި، އަދި مُؤْمِن ންގެ އަތްތަކުންވެސް ހަލާކު ކުރަމުން ގެންދިޔައީއެވެ. އޭ ބުއްދިވެރި، ބޯހުރި މީހުންނޭވެ. ކަލޭމެން ނިކަން عِبْرة حَاصِل ކުރާށެވެ.

  27. 59:3

    وَلَوْلَآ أَن كَتَبَ ٱللَّهُ عَلَيْهِمُ ٱلْجَلَآءَ لَعَذَّبَهُمْ فِى ٱلدُّنْيَا ۖ وَلَهُمْ فِى ٱلْـَٔاخِرَةِ عَذَابُ ٱلنَّارِ

    Wa-lawlaaa ʹañ katabal laahu ʻalayhimul jalaaaʹa laʻaẓẓabahum fid dunyaa: wa-lahum fil ʹAakhirati ʻAẓaabun Naar.

    أزَلُ ގައި އެމީހުން مَدِينَة އިން އަރުވައިލުމުގެ ނިޔާފުޅު ﷲ ލިޔުއްވާފައި ނުވާނަމަ ދުނިޔޭގައިވެސް އެމީހުންނަށް اللَّه، عَذَاب ދެއްވައިފީހެވެ. އަދި آخِرَة ދުވަހުން އެމީހުންނަށް ހުރީ ނަރަކައިގެ عَذَاب އެވެ.

  28. 59:4

    ذَٰلِكَ بِأَنَّهُمْ شَآقُّوا۟ ٱللَّهَ وَرَسُولَهُۥ ۖ وَمَن يُشَآقِّ ٱللَّهَ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ

    Ẓaalika biʹAnnahum shaaaq̣q̣ul laaha wa-Rasoolah. Wa-mañy yushaaaq̣q̣il laaha faʹinnal laaha Shadeedul ʻIq̣aab.

    ދުނިޔެއާއި، آخِرَة ގައި އެމީހުންނަށް އެކަން ކަނޑައެޅި ނިމުނީ ހަމަކަށަވަރުން ﷲ އަށާއި، އެކަލާނގެ رَسُول އާ އާ ދެފަރާތަށް އެމީހުން ނުކިޔަމަންތެރިވެ، خِلاف ވުމުގެ ސަބަބުންނެވެ. އަދި ﷲ އާ خِلاف ވެ، ދެކޮޅުވެރިވާ މީހާ ދަންނައެވެ. (ހަމަކަށަވަރުން ﷲ އެމީހަކަށް ބޮޑުވެގެންވާ عُقُوبَة ދެއްވައެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ عُقُوبَة ދެއްވުން ގަދަފަދަވެވޮޑިގެންވާ ކަލާނގެއެވެ.\nދަންނައެވެ. އިސްވެދިޔަ ހަތަރު آيَة ގައި އިޝާރާތްވެގެން އެ ވަނީ رَسُولُ الله ﷺ ގެ ޒަމާނުގައި مَدِينَة ވަޒަންވެރިވެގެން ތިބި يَهُودِي ންގެ بَنُواالنَّضِير قَبِيلَة ގެ މީހުންގެ ވާހަކައަށެވެ. އެކަން ވީގޮތެއް ކަމުގައި تَفْسِير عِلْم ވެރީން ލިޔުއްވާފައި ވަނީ އަންނަނިވި ފަދައިންނެވެ. رَسُولُ الله އާއި، ބައެއް أصْحاب ން (މަރުގެ ދިޔައެއްގެ މައްސަލައެއް ހަމަޖެއްސުމަށް ޓަކައި) بَنُواالنَّضِير ގެ قَبِيلَة އަށް ވަޑައިގެންނެވިއެވެ. އެތަނަށް ވަޑައިގަތުމުން އެ قَبِيلَة ގެ މީހުން އެކަލޭގެފާނާއި، أصحاب ން ރަނގަޅަށް ބައިތިއްބާފައި އަދި އެކަލޭގެފާނުގެ ކަންތައް ރަނގަޅަށް ހަމަޖައްސާނޭ ކަމުގައި ދަންނަވާފައި އެކި މީހުން އެކި ދިމާއަށް ދިޔައީއެވެ. ދެންފަހެ އެމީހުން ސައްލާކޮށްފައި ނިންމީ رَسُولُ ﷲ ގެ އިސްތަށިފުޅުގެ މައްޗަށް ބޮޑު ހިލައެއް ވައްޓައިލައި، އެކަލޭގެފާނު އަވަހާރަ ކޮށްލާށެވެ. އެކަލޭގެފާނު އިންނެވީ ގެއެއްގެ ފާރެއްގެ ހިޔަލުގައި އިށީނދެވަޑައިގެންނެވެ. ދެން އެބައިމީހުން ގެމައްޗަށް އަރައި، ހިލަ ވައްޓައިލުމުގެ حَرَكاة ހަމަ ހިންގުމުން އެކަލޭގެފާނަށް އެކަން ﷲ އަންގަވައިފިއެވެ. ދެންފަހެ، އެކަލޭގެފާނު އަވަހަށް އެތަނުން ތެދުވެވަޑައިގެން مَدِينَة އަށް ވަޑައިގަތީއެވެ. އެހައިތަނުން رَسُولُ اللَّهِ ﷺ އާއި، އެމީހުންނާ ވެވިފައިވާ عَهْد އެމީހުން އުވައިލީއެވެ. އަދި އެމީހުންނާ ހަނގުރާމައަށް ދިޔުމުގެ أمر ފުޅު ނުކުމެއްޖެއެވެ. ދެންފަހެ އެކަލޭގެފާނާއި، أصْحاب ބޭކަލުން ވަޑައިގެން އެމީހުންގެ ގޯތި-ގެދޮރު حَصار ކުރައްވައި، ވަށައިލައްވައިފިއެވެ. އެންމެފަހުން ދެފަރާތުން ވާހަކަދެކެވިގެން ނިމުނީ އެމީހުން ނުމަރައި، އެކީއެކަށް އެމީހުން مَدِينَة އިން ނުކުތުމަށެވެ. ނުކުމެގެން ދާއިރު ކޮންމެ މީހަކުވެސް جَمَل އެއް ބަރުކޮށް ގެންދެވޭ ތަކެތި ގެންދިއުމަށެވެ. ދެން ހުރިހާ މުދާ ބެހެއްޓުމަށެވެ. އެއީ ﷲ ގެ أمر ފުޅު އައި ގޮތެވެ. އެހެންމީހަކު ކުރިކަމެއްނޫނެވެ. މީހުން ހީވެސް ނުކުރާ ގޮތަކަށެވެ. ދެން އެމީހުން ނުކުމެގެން ދިޔައީ އެއްބަޔަކު خَيْبَر އަށެވެ. އަނެއް ބަޔަކު شام ކަރައަށެވެ. އެމީހުން ދަމުން ގެދޮރުގައި ހުރި ތަކެތީގެ ތެރެއިން އެމީހުންނަށް ގެންދާން ފެނުނު އެއްޗެއް ގެންދިޔައީއެވެ. ގެދޮރުގެ ތަންތަން ހަލާކުކޮށްގެންވެސް ގެންދިޔަ ކަމުގައި ވެއެވެ. އަނެއް ކޮޅުން އެތަން ހިފާންވެގެން مُؤْمِن ން ބައެއް ގަސްވެސް ކަނޑައި، ކަދުރު ރުއް ކަނޑައި ހެދިކަމަށް ވެއެވެ. އަދި ގޯތި-ގެދޮރުންވެސް ބައެއްވަރު ހަލާކު ކުރި ކަމުގައި ވެއެވެ. އެވާހަކައަށް އިޝާރާތް ކުރައްވައި قُرْآن ގައި 'يُخْرِبُونَ بُيُوتَهُم بِأَيْدِيهِمْ وَأَيْدِي الْمُؤْمِنِينَ' يَعْنِي އެމީހުންގެ އަތްތަކުންނާއި، مُؤْمِن ންގެ އަތްތަކުން އެމީހުންގެ ގެތައް ހަލާކު ކުރަނީއެވެ. މިފަދައިން އެންގެވިއެވެ. ދެން މި حَادِثَة އާ ބެހޭ އަނެއް ބައި އަންނަނިވި آيَة ތަކުގައި بَيان ވެގެން އެ އަންނަނީއެވެ.

  29. 59:5

    مَا قَطَعْتُم مِّن لِّينَةٍ أَوْ تَرَكْتُمُوهَا قَآئِمَةً عَلَىٰٓ أُصُولِهَا فَبِإِذْنِ ٱللَّهِ وَلِيُخْزِىَ ٱلْفَـٰسِقِينَ

    Maa- q̣aṭaʻtum mil leenatin aw taraktumoohaa q̣aaaʹimatan ʻalaaa ʹuṣoolihaa fabiʹiẓnil laahi wa-liyukhziyal faasiq̣een.

    މޮޅު ކަދުރުގެ ތެރެއިން ތިޔަބައިމީހުން ކެނޑިނަމަ ކެނޑި ރުކެއް ވިޔަސް، ނުވަތަ ނުކަނޑައި އޭގެ ބުޑުގެ މަތީގައި ދޫކުރި ރުކެއްވިޔަސް، އެ ހުރިހައި ކަމަކީ ވެސް ހަމަ ﷲ ގެ إذْن ފުޅަށް ހިނގައިދިޔަ ކަންކަމެވެ. އަދި فاسِق ވެ، ނުބައިވި بَنُواالنَّضِير ގެ މީހުންނާއި، ދެންވެސް އެފަދަ فاسِق ން ދެރަކޮށް ނިކަމެތިކުރުމަށް ޓަކައި ﷲ ނިޔާކުރެއްވި ގޮތެވެ.

  30. 59:6

    وَمَآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنْهُمْ فَمَآ أَوْجَفْتُمْ عَلَيْهِ مِنْ خَيْلٍ وَلَا رِكَابٍ وَلَـٰكِنَّ ٱللَّهَ يُسَلِّطُ رُسُلَهُۥ عَلَىٰ مَن يَشَآءُ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ

    Wa-maaa ʹafaaaʹal laahu ʻalaa Rasoolihee minhum famaaa ʹawjaftum ʻalayhi min khayliñw walaa rikaabiñw walaakinnal laaha yusalliṭu rusulahoo ʻalaa mañy yashaaaʹ. Wallaahu ʻalaa kulli shayʹiñ Q̣adeer.

    އަދި އެމީހުންގެ ކިބައިން، އެބަހީ بَنُواالنَّضِير ޔަހޫދީންގެ އަތުން ﷲ އެކަލާނގެ رَسُول އާއަށް ރައްދުކޮށްދެއްވި މުދައު ދަންނައެވެ. އެ މުދާ ހޯދުމަށް ތިޔަބައިމީހުން مُؤْمِن ން އަހަކަށް ސަވާރުވެ، އަދި جَمَل އެއްގެ މައްޗަށް ސަވާރުވެ އަވަސްވެ ނުގަންނަމުއެވެ. އެބަހީ ގަދަ ހަނގުރާމަ ނުކުރަމުއެވެ. އަދި އެހެން ނަމަވެސް ﷲ އެދިވޮޑިގެންނެވި ބައެއްގެ މައްޗަށް އެކަލާނގެ رَسُول ބޭކަލުން ފޮނުއްވައި، ގަދަކުރައްވައެވެ. ﷲ އީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ކަލާނގެއެވެ.\nދަންނައެވެ. بَنُواالنَّضِير ޔަހޫދީންގެ އަތުން رَسُولُ اللَّهِ ﷺ އަށް ﷲ مِلْك ކޮށްދެއްވި މުދަލަކީ އެހެނިހެން ހަނގުރާމައިގައި غَنِيْمَة މުދާ ލިބޭގޮތަށް ލިބުނު މުދަލެއް ނޫނެވެ. مُؤْمِن ންގެ އެއްވެސް މީހަކު އަސްމައްޗަށް ސަވާރުވެ، ގަދަ ހަނގުރާމަކޮށްގެން ހޯދި މުދަލެއް ނޫނެވެ. ދެފަރާތުގައި ވާހަކަދެކެވުނު ގޮތުން، އެމީހުން ބަހައްޓާފައި ދިޔަ މުދަލެކެވެ. އެހެންވެ އެ މުދަލަކީ ހަނގުރާމަ ނުކޮށް مُشْرِك ންގެ އަތުން އަތުވި މުދަލެކެވެ. އެފަދަ މުދަލަށް ކިޔަނީ فَيْءُ މުދަލެވެ. އެފަދަ މުދާ ބަހާންވީ ގޮތް ދެން މިއަންނަ އާޔަތުގައި تَفْصِيل ކޮށް އެ ވަނީއެވެ.

  31. 59:7

    مَّآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنْ أَهْلِ ٱلْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَٱبْنِ ٱلسَّبِيلِ كَىْ لَا يَكُونَ دُولَةًۢ بَيْنَ ٱلْأَغْنِيَآءِ مِنكُمْ ۚ وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ

    Maaa ʹafaaaʹal laahu ʻalaa Rasoolihee min ʹahlil Q̣uraa falillaahi wa-lir-rasooli wa-liẓil q̣urbaa wal-yataamaa walmasaakeeni wabnis sabeeli kay laa- yakoona doolatam baynal ʹag̣niyaaaʹi miñkum. Wa-maaa ʹaataakumur Rasoolu fakhuẓoohu wa-maa nahaakum ʻanhu fañtahoo. Wattaq̣ul laah; ʹinnal laaha Shadeedul ʻIq̣aab.

    ހަނގުރާމަ ނުކޮށް، فَتْح ކުރެވޭ ރަށްރަށުން ﷲ އެކަލާނގެ رَسُول އަށް ރައްދުކޮށްދެއްވާ މުދާ ހުންނާނީ 1- ﷲ އަށާއި، 2- އެކަލާނގެ رَسُول އާއަށާއި، 3- رَسُولُ اللَّهِ ﷺ ގެ ގާތްތިމާގެފުޅު ބޭފުޅުން (بَنُو هاشِم އާއި، بَنُوالمُطَّلِب ން) ނަށާއި، 4- يَتِيم ންނަށާއި، 5- مِسْكِين ންނަށާއި، 6- ދަތުރުވެރީންނަށާއި އެވެ. އެހެން އެކަން ﷲ ނިޔާކުރެއްވީ ތިޔަބައިމީހުންކުރެ މުއްސަނދީންގެ އަތްމަތީގައި އެ މުދާ ނުދެމެހެއްޓުމަށެވެ. ފަހެ ތިޔަބައިމީހުންނަށް رَسُول އާ ދެއްވި އެއްޗެއްގައި (އަދި އެކަލޭގެފާނު ކުރެއްވި أمْر ފުޅެއްގައި) ތިޔަބައިމީހުން ހިފާށެވެ. އަދި އެ އެއްޗަކުން ނުވަތަ އެކަމަކުން ތިޔަބައިމީހުންނަށް އެކަލޭގެފާނު މަނާކުރެއްވި ކޮންމެ އެއްޗަކުން ވިޔަސް، އަދި ކަމަކުން ވިޔަސް ތިޔަބައިމީހުން ދުރުވެގަންނާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. ހަމަކަށަވަރުން ﷲ އީ عُقُوبَة ގަދަފަދަވަންތަވެ ވޮޑިގެންވާ ކަލާނގެއެވެ.

  32. 59:8

    لِلْفُقَرَآءِ ٱلْمُهَـٰجِرِينَ ٱلَّذِينَ أُخْرِجُوا۟ مِن دِيَـٰرِهِمْ وَأَمْوَٰلِهِمْ يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا وَيَنصُرُونَ ٱللَّهَ وَرَسُولَهُۥٓ ۚ أُو۟لَـٰٓئِكَ هُمُ ٱلصَّـٰدِقُونَ

    Lilfuq̣araaaʹil Muhaajireenal laẓeena ʹukhrijoo miñ diyaarihim wa-ʹamwaalihim yabtag̣oona Faḍlam minal laahi wa-Riḍwaanañw wayañṣuroonal laaha wa-Rasoolah: ʹulaaaʹika humuṣ Ṣaadiq̣oon;―

    فَيْءُ މުދާ އެއީ فَقِير مُهاجِريّ ބޭކަލުންނަށެވެ. (މި އާޔަތުގައި އެވަނީ ކުރީގެ آيَة އަށް تَأْكِيد ކޮށްދެއްވާފައެވެ. فَقِير مُهاجِريّ ބޭކަލުންގެ މުރާދަކީ رَسُولُ اللَّهِ ﷺ ގެ ގާތްތިމާގެފުޅު ބޭފުޅުންނެވެ. އެއީ ކުރީގެ އާޔަތުގައި އެވާ ذَوِى الْقُرْبَى ގެ މުރާދެވެ.) އެބައިމީހުންނަކީ އެބައިމީހުންގެ ގޮވަތި ގެދޮރާއި، މުދަލުން ނެރެވުނު މީހުންނެވެ. އެއީ ކާފަރުންގެ އުނދަގުލާހެދި مَكّة އިން ގޯތިގެދޮރާއި، މުދާ ދޫކޮށް هِجْرَة އަށް އައި މީހުންނެވެ. އެއީ ﷲ ގެ ރުއްސެވުން އެދިގެންނާއި، އަދި ﷲ އަށާއި، (ﷲ ގެ دِين އަށާއި) އެކަލާނގެ رَسُول އާއަށް نَصْر ދިނުމަށް ޓަކައެވެ. ހަމަކަށަވަރުން އެމީހުންނީ ތެދުވެރީންނެވެ. (މި އާޔަތުގައި މިވަނީ مُهاجِرِيّ ބޭކަލުންނަށް ވާ تَعْرِيف އާއި، ثَناء އެވެ. ދެން މިއަންނަ އާޔަތުގައި އެވަނީ أنْصارِيّ ބޭކަލުންނަށް ވާ تَعْرِيف އާއި، ثَناء އެވެ.)

  33. 59:9

    وَٱلَّذِينَ تَبَوَّءُو ٱلدَّارَ وَٱلْإِيمَـٰنَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِى صُدُورِهِمْ حَاجَةً مِّمَّآ أُوتُوا۟ وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ

    Wallaẓeena tabawwaʹud daara wal-ʹeemaana miñ q̣ablihim yuḥibboona man haajara ʹilayhim wa-laa yajidoona fee ṣudoorihim ḥaajatam mimmaaa ʹootoo wa-yuʹs̤iroona ʻalaaa ʹañfusihim wa-law kaana bihim khaṣaaṣah. Wa-mañy yooq̣a shuḥḥa nafsihee faʹulaaaʹika humul Mufliḥoon.

    އަދި ތިމާމެންގެ ގާތަށް هِجْرَة އަށް ވަޑައިގަންނަވާ ބޭކަލުން ވަޑައިގަތުމުގެ ކުރީން އީމާންވެ ވަޑައިގެން ތިމާމެންގެ ގޯތިގެދޮރު ތައްޔާރުކޮށްދެއްވައި ހަމަޖައްސައިދެއްވި أنْصارِيّ ބޭކަލުން (ދަންނައެވެ.) އެ ބޭކަލުންގެ ގާތަށް هِجْرَة އަށް ވަޑައިގަންނަވާ ބޭކަލުންނަށް ލޯބިކުރައްވައެވެ. އަދި مُهاجِرِيّ ބޭކަލުންނަށް ދެއްވުނު فَيْءُ މުދަލާމެދު އެއްވެސް ރުޅިވެރިކަމެއް، حَسَد ވެރިކަމެއް އެ ބޭކަލުންގެ ހިތްޕުޅުތަކުގައި ނުވެއެވެ. އަދި ކަމަކާމެދު ނުވަތަ އެއްޗަކާމެދު ތިމާމެންގެ نَفْس ތައް ކިތަންމެ ބޭނުމެއް ވެފައި ވިޔަސް އެބޭކަލުން އެހެން ބޭކަލުންގެ ބޭނުންތައް އިސްކުރައްވައެވެ. مُهاجِرِيّ ބޭކަލުންނަށް އިސްކަން ދެއްވައެވެ. ތިމާމެންގެ نَفْس ތައް ފަސްކުރައްވައެވެ. އަދި އެމީހާގެ نَفْس ގެ ދަހިވެތިކަމުން ސަލާމަތްވެ، ރައްކާތެރިވެއްޖެ މީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އެމީހުންނީ كامِياب ވެ، نَصِيب ވެރިވެއްޖެ މީހުންނެވެ. (މި އާޔަތުގައި މި ވަނީ أنْصارِيّ ބޭކަލުންނަށް تَعْرِيف އާއި، ثَناء وَحِي ކުރައްވާފައެވެ. އެބޭކަލުންނީ ތިމާމެންގެ މުދަލާއި، އަނބީންވެސް ބައިކުރައްވާފައި مُهاجِرِيّ ބޭކަލުންނަށް ދެއްވި ބޭކަލުންނެވެ.) ދެން މި އަންނަ އާޔަތުގައި މިވަނީ أنْصارِيّ ބޭކަލުންނަށްފަހު ދެން މި أُمَّة އަށް އަންނާނޭ ހެޔޮލަފާ މީހުންނަށް تَعْرِيف އާއި، ثَناء އެވެ. އެމީހުންގެ ބައެއް ސިފައެވެ.

  34. 59:10

    وَٱلَّذِينَ جَآءُو مِنۢ بَعْدِهِمْ يَقُولُونَ رَبَّنَا ٱغْفِرْ لَنَا وَلِإِخْوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلْإِيمَـٰنِ وَلَا تَجْعَلْ فِى قُلُوبِنَا غِلًّا لِّلَّذِينَ ءَامَنُوا۟ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ

    Wallaẓeena jaaaʹoo mim baʻdihim yaq̣ooloona Rabbanag̣ fir lanaa wa-liʹikhwaaninal laẓeena sabaq̣oonaa bil-ʹEemaani wa-laa tajʻal fee q̣uloobinaa g̣illallil laẓeena ʹaamanoo Rabbanaaa ʹinnaka Raʹoofur Raḥeem.

    އަދި އެ ބޭކަލުންގެ ފަހުން (އެބަހީ مُهاجِريّ ންނާއި، أنْصارِيّ ބޭކަލުންގެ ފަހުން) ދެން އައި މީހުން (ދަންނައެވެ.) އެމީހުން ﷲ އަށް ދަންނަވައެވެ. އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންނާއި، އަދި إيْمان ކަމުގައި އިސްވެގަތް އަޅަމެންގެ أخ ންނަށް ފާފަ ފުއްސަވާނދޭވެ! އަދި إيْمان ވި މީސްތަކުންނާމެދު އަޅަމެންގެ ހިތްތަކުގައި އެއްވެސް حَسَد ވެރިމެއް، ރުޅިވެރިކަމެއް ނުލައްވާނދޭވެ! އޭ އަޅަމެންގެ رَبّ އެވެ! ހަމަކަށަވަރުން އިބަ ރަސްކަލާނގެއީ އޯގާވަންތަކަން ނުހަނު ބޮޑުވެގެންވާ، ގިނަގިނައިން رَحْمَة ލައްވާ ރަސްކަލާނގެއެވެ.

  35. 59:11

    ۞ أَلَمْ تَرَ إِلَى ٱلَّذِينَ نَافَقُوا۟ يَقُولُونَ لِإِخْوَٰنِهِمُ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ لَئِنْ أُخْرِجْتُمْ لَنَخْرُجَنَّ مَعَكُمْ وَلَا نُطِيعُ فِيكُمْ أَحَدًا أَبَدًا وَإِن قُوتِلْتُمْ لَنَنصُرَنَّكُمْ وَٱللَّهُ يَشْهَدُ إِنَّهُمْ لَكَـٰذِبُونَ

    ʹAlam tara ʹilal laẓeena naafaq̣oo yaq̣ooloona liʹikhwaanihimul laẓeena kafaroo min ʹAhlil Kitaabi laʹin ʹukhrijtum lanakhrujanna maʻakum wa-laa nuṭeeʻu feekum ʹaḥadan ʹabadañw waʹiñ q̣ootiltum lanañṣurannakum. Wallaahu yashhadu ʹinnahum lakaaẓiboon.

    (އޭ މާތްވެގެންވާ رَسُول އާއެވެ.) مُنافِق ވެގެން މި އުޅޭ މީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެމީހުންނަށް ނިކަން ބައްލަވާށެވެ. أَهْلُ كِتاب ންގެ ތެރެއިން ކާފަރުވި، އެމީހުންގެ أخ ންނަށް އެމީހުން ބުނެއެވެ. [ކަލޭމެން ރަށުން ނެރެވިއްޖެއްޔާ ހަމަކަށަވަރުން ކަލޭމެންނާއެކު އަހުރެމެން ނުކުންނަ ހުށީމެވެ. އަދި ކަލޭމެންގެ نِسْبَة ގައި އެއްވެސް ބަޔަކަށް އަހުރެމެން ދުވަހަކުވެސް ކިޔަމަން ނުވާހުށީމެވެ. އަދި ކަލޭމެންނާ ހަނގުރާމަ ވެވެންޏާ ހަމަކަށަވަރުން އަހުރެމެން ކަލޭމެންނަށް نَصْر ދޭހުށީމެވެ.] (މިއީ އެމީހުން ބުނި ބަސްތަކެވެ. މި ބަސްތައް އެއީ ދޮގެއް ކަމުގައި ﷲ ހެކިވެވޮޑިގަންނަވަނީއެވެ. އެކަލާނގެ وَحِي ކުރައްވާފައި އެވަނީ) ހަމަކަށަވަރުން އެމީހުން އެ ބުނާ ބަސްތަކުގައި އެމީހުންނަކީ ދޮގުވެރީން ކަމުގައި ﷲ ހެކިވެވޮޑިގަންނަވައެވެ.

  36. 59:12

    لَئِنْ أُخْرِجُوا۟ لَا يَخْرُجُونَ مَعَهُمْ وَلَئِن قُوتِلُوا۟ لَا يَنصُرُونَهُمْ وَلَئِن نَّصَرُوهُمْ لَيُوَلُّنَّ ٱلْأَدْبَـٰرَ ثُمَّ لَا يُنصَرُونَ

    Laʹin ʹukhrijoo laa- yakhrujoona maʻahum; walaʹiñ q̣ootiloo laa- yañṣuroonahum; wa-laʹin naṣaroohum layuwallunnal ʹadbaar; s̤umma laa- yuñṣaroon.

    އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން رَسُولُ اللَّهِ ﷺ އާ ސިއްރު ވާހަކައެއް ދައްކާން قَصْد ކުރަންޏާ އެ ވާހަކައެއް ދައްކާން ފެށުމުގެ ކުރީން صَدَقاة އެއް ކުރާށެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮވެފައި طاهر ކަން ބޮޑެވެ.

  37. 59:13

    لَأَنتُمْ أَشَدُّ رَهْبَةً فِى صُدُورِهِم مِّنَ ٱللَّهِ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ

    Laʹañtum ʹashaddu rahbatañ fee ṣudoorihim minal laah. Ẓaalika biʹannahum q̣awmul laa yafq̣ahoon.

    (އޭ مُؤْمِن ންނޭވެ.) އެ مُنافِق ންގެ ހިތްތަކުގައި ކަލޭމެންގެ މައްޗަށް އޮންނަ ބިރު ﷲ ގެ މައްޗަށް އެމީހުންގައި އޮންނަ ބިރަށްވުރެވެސް މާ ބޮޑެވެ. އެހެން އެވަނީ ހަމަކަށަވަރުން އެމީހުންނަކީ އެއްޗެއް ނުވިސްނޭ ބަޔަކު ކަމުގައި ވީތީއެވެ. ދަންނައެވެ. مُنَافِقُ ންގެ ހިތުގައި ﷲ ގެ މައްޗަށް އޮންނަ ބިރަށްވުރެ رَسُول އާ އަށާއި، مُؤْمِن ތަކުންނަށް އޮންނަ ބިރު ގަދަވެގެން ވަނީ ﷲ ގެ ކޯފާއާއި، عَذَاب ލަސްކުރައްވާފައި ވުމާއި، مُؤْمِن ންގެ ފަރާތުން އަންނަ عَذَاب އާއި، ނުރައްކާ، ކުއްލިވެފައި އަވަސްވާތީއެވެ. އެކަމަކު އެއީ اللَّهގެ أمْر ފުޅަށް مُؤْمِن ން ހިންގަމުން ގެންދާ ކަންތައް ކަމެއް އެމީހުންނަކަށް ނުވިސްނެއެވެ.

  38. 59:14

    لَا يُقَـٰتِلُونَكُمْ جَمِيعًا إِلَّا فِى قُرًى مُّحَصَّنَةٍ أَوْ مِن وَرَآءِ جُدُرٍۭ ۚ بَأْسُهُم بَيْنَهُمْ شَدِيدٌ ۚ تَحْسَبُهُمْ جَمِيعًا وَقُلُوبُهُمْ شَتَّىٰ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْقِلُونَ

    Laa- yuq̣aatiloonakum jameeʻan ʹillaa fee q̣uram muḥaṣṣanatin ʹaw miñw waraaaʹi judur. Baʹsuhum̃ baynahum shadeed: taḥsabuhum jameeʻañwwa q̣uloobuhum shattaa: ẓaalika biʹannahum q̣awmul laa yaʻq̣iloon.

    (އޭ مُؤْمِن ންނޭވެ.) އެ مُنافِق ންނާއި، يَهُودِي ން އެކުއެކުގައި ފައުޅުގައި ތިބެގެން ކަލޭމެންނާ ހަނގުރާމަ ނުކުރާނެއެވެ. އެމީހުން ހަނގުރާމަ ކުރިޔަސް ކުރާނީ ރައްކާތެރިވެގެންވާ ކޯއްޓޭތަކެއްގައި ފިލައި ތިބެގެންނެވެ. ނުވަތަ ބިތްތަކެއްގެ ނިވަލުގައި ތިބެގެންނެވެ. އެމީހުން އެކަކު އަނެކަކަށް ދެކޮޅުވެރިކަމާއި، ރުޅިވެރިކަން ނުހަނު ގަދަވެގެން ވެއެވެ. ކަލޭމެން ހީކުރަނީ އެމީހުން ނިކަން އެއްބައިވެފައި އެކަތިގަނޑުކަމަށް ތާއެވެ؟! އެކަމަކު އެމީހުންގެ ހިތްތައް ވަނީ ބައިބައިވެ، إخْتِلاف ވެގެންނެވެ. އެކަން އެހެން އެވަނީ ހަމަކަށަވަރުން އެމީހުންނަކީ ނުވިސްނޭ، ބުއްދި ނުކުރެވޭ ބަޔަކު ކަމުގައި ވީތީއެވެ.

  39. 59:15

    كَمَثَلِ ٱلَّذِينَ مِن قَبْلِهِمْ قَرِيبًا ۖ ذَاقُوا۟ وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ

    Kamas̤alil laẓeena miñ q̣ablihim q̣areebañ ẓaaq̣oo wa-baala ʹamrihim; wa-lahum ʻaẓaabun ʹaleem;―

    މިމީހުންގެ މިސާލަކީ ދާދި ގާތް ماضِى އެއްގައި މިމީހުންގެ ކުރީން ވޭތިވެދިޔަ މީހުންގެ މިސާލެވެ. ފަހެ އެމީހުންވެސް އެމީހުން ކުރި ނުބައި ކަންތަކުގެ ރަހަ ލިބިގަތީއެވެ. އަދި އެމީހުންނަށް ހުރީ ވޭންދެނިވި عَذَاب އެވެ.\nދަންނައެވެ. މި އާޔަތުގައި މި އިޝާރާތްވާ ބަޔަކީ مَكَّة ގެ مُشْرِك ންނެވެ. بَدْر ހަނގުރާމައިގައި ބައިވެރިވި ކާފަރުންގެ ވާހަކައެވެ. އެމީހުންވެސް އެމީހުން ކުރި ނުބައި ކަންތަކުގެ ރަހަ ލިބިގަތީއެވެ. بَدْر ހަނގުރާމަ ހިނގައި ދިޔައީ بَنُوالنَّضِير މީހުންގެ މި ކަންތައްގަނޑުގެ 6 މަސްދުވަސް ކުރީންނެވެ. بَدْر ގައި مَكَّة ގެ مُشْرِك ން އެމީހުން ކުރި ކަންތަކުގެ ބޮނޑި ބުއީއެވެ. މިމީހުންވެސް އެމީހުންގެ ކަންތަކުގެ ބޮނޑި ބުއީއެވެ. وَاللَّهُ أعْلَمُ

  40. 59:16

    كَمَثَلِ ٱلشَّيْطَـٰنِ إِذْ قَالَ لِلْإِنسَـٰنِ ٱكْفُرْ فَلَمَّا كَفَرَ قَالَ إِنِّى بَرِىٓءٌ مِّنكَ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَـٰلَمِينَ

    Kamas̤alish Shayṭaani ʹiẓ q̣aala lil-ʹiñsaanik fur: falammaa kafara q̣aala ʹinnee bareeeʹum miñka ʹinneee ʹakhaaful laaha Rabbal ʻAalameen!

    އެމީހުންގެ (يَعْنِي މުނާފިގުންނާއި، يَهُودِي ންގެ) މިސާލަކީ ސައިތާނާގެ މިސާލެވެ. އެ ސައިތާނުވެސް އިންސާނުން ގާތު ކާފަރުވާށޭ ބުނާނެއެވެ. އަދި ކާފަރުވާނޭ ވަސްވާސްވެސް ލައި ހަދާފައި އެ އިންސާނާ ކާފަރު ހަމަ ވުމުން ސައިތާނާ އެ އިންސާނާއާ ދިމާއަށް ބުނާނެއެވެ. [އަހުރެން ކަލޭގެ ކިބައިން ދުރުވެ، ބަރީއަވެގެންފީމެވެ. عالَم ތަކުގެ ވެރި رَبّ އަށް އަހުރެން ބިރުގަންނަމެވެ.]

  41. 59:17

    فَكَانَ عَـٰقِبَتَهُمَآ أَنَّهُمَا فِى ٱلنَّارِ خَـٰلِدَيْنِ فِيهَا ۚ وَذَٰلِكَ جَزَٰٓؤُا۟ ٱلظَّـٰلِمِينَ

    Fakaana ʻaaq̣ibatahumaaa ʹannahumaa fin Naari khaalidayni feehaa. Wa-ẓaalika jazaaaʹuz̤̣ z̤̣aalimeen.

    ފަހެ އެ ދެމީހުންގެ آخِر ގެ ނިމުމަކީ ނަރަކައެވެ. ދެމީހުންވެސް އެތާ ދެމިތިބޭ حال ގައެވެ. އަދި އަނިޔާވެރީންގެ جَزاء އަކީ އެއީއެވެ.\nދަންނައެވެ. މުނާފިގުންވެސް يَهُودِي ންނަށް އެ ހުރިހައި ހިތްވަރެއް ދީފައި އެމީހުން مَدِينَة އިން ނުކުމެގެން ދިޔައިރު އެމީހުންނާއެކު ދިޔައީއެއްވެސް ނޫނެވެ. އަދި އެއްވެސް نَصْر އެއްވެސް ދިނީއެއް ނޫނެވެ. ސައިތާނުވެސް އިންސާނާއާ މެދު ކަންކުރީ ހަމަ އެހެންނެވެ.

  42. 59:18

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ

    Yaaaʹayyuhal laẓeena ʹaamanut taq̣ul laaha Waltañz̤̣ur nafsum maa q̣addamat lig̣ad. Wattaq̣ul laah: ʹInnal laaha khabeerum bimaa taʻmaloon.

    އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ! تَقْوَى ވެރި ވާށެވެ! އަދި ކޮންމެ نَفْس އެއްވެސް މާދަމާ، قِيامَة ދުވަހަށް ޓަކައި ރައްކާކުރީ ކޮން عَمَل އެއްތޯ ބަލައި تَحْقِيق ކުރާހުށި ކަމެވެ! އަދި ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން ކުރާ ހުރިހައި ކަމެއްގެ خَبَر ﷲ ދެނެވޮޑިގެން ވެއެވެ.

  43. 59:19

    وَلَا تَكُونُوا۟ كَٱلَّذِينَ نَسُوا۟ ٱللَّهَ فَأَنسَىٰهُمْ أَنفُسَهُمْ ۚ أُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ

    Wa-laa takoonoo kallaẓeena nasul laaha faʹañsaahum ʹañfusahum! ʹUlaaaʹika humul faasiq̣oon!

    އަދި އެބައިމީހުން ﷲ ހަނދާން ނައްތައިލި މީހުން ފަދައިން ތިޔަބައިމީހުން ނުވާހުށި ކަމެވެ. ފަހެ އޭގެ ސަބަބުން ﷲ އެމީހުން އެމީހުންގެ نَفْس ތަކުގެ މަތީން ހަނދާންނެތި ކުރުވައިފިއެވެ. ހެޔޮކަމުގެ މަތީން އެމީހުންގެ نَفْس ތައް މުޅީން ހަނދާންނެތި ކުރުވީއެވެ. އެއީ ހަމަ ކަނޑައެޅިގެން فاسِق ންނެވެ.

  44. 59:20

    لَا يَسْتَوِىٓ أَصْحَـٰبُ ٱلنَّارِ وَأَصْحَـٰبُ ٱلْجَنَّةِ ۚ أَصْحَـٰبُ ٱلْجَنَّةِ هُمُ ٱلْفَآئِزُونَ

    Laa- yastaweee ʹAṣḥaabun Naari wa-ʹAṣḥaabul Jannah: ʹAṣḥaabul Jannati humul Faaaʹizoon.

    ނަރަކައިގެ އެކުވެރީންނާއި، ސުވަރުގޭގެ އެކުވެރީން ހަމަހަމަވެގެން ނުވެއެވެ. ނުވެސް ވާނެއެވެ. ސުވަރުގޭގެ އެކުވެރީންނީ ކަނޑައެޅިގެން ނަސީބުވެރީންނެވެ. (ނަރަކައިގެ އެކުވެރީންނީ އަބާއްޖަވެރީންނެވެ.)

  45. 59:21

    لَوْ أَنزَلْنَا هَـٰذَا ٱلْقُرْءَانَ عَلَىٰ جَبَلٍ لَّرَأَيْتَهُۥ خَـٰشِعًا مُّتَصَدِّعًا مِّنْ خَشْيَةِ ٱللَّهِ ۚ وَتِلْكَ ٱلْأَمْثَـٰلُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ

    Law ʹañzalnaa haaẓal Q̣urʹaana ʻalaa jabalil laraʹaytahoo khaashiʻam mutaṣaddiʻam min khashyatil laah. Wa-tilkal ʹams̤aalu naḍribuhaa linnaasi laʻallahum vatafakkaroon.

    ފަރުބަދައެއްގެ މައްޗަށް ތިމަން ރަސްކަލާނގެ މި قُرْآن ބާވައިލެއްވިނަމަ ކަލޭގެފާނު ދެކެވަޑައިގަންނަވާނީ ﷲ އަށް ބިރުން އެ ފަރުބަދަ މުޅީން ކުދިކުދިވެ، ހަލާކުވެގެން ވަނިކޮށެވެ. އަދި މީސްތަކުންނަށް ތިމަން ރަސްކަލާނގެ އެފަދަ މިސާލުތައް ޖައްސަވަނީ އެބައިމީހުން فِكْر ކޮށް، ﷲ ގެ قُدْرَة ތެރިކަމާމެދު ވިސްނައިހެދުމަށް ޓަކައެވެ.\nދަންނައެވެ. (قُرْآن ގެ ބޮޑުކަމާއި، މާތްކަމާއި، لَفْظ ތަކުގެ ރަނގަޅުކަމާއި، އަދި އެ އެތުރިފައިވާލެއް ވަރުގަދަކަމާއި، بَلاغَة ގެ ފުރިހަމަކަމާއި، އަދި ހިތްތައް މަޑުވެ، މައިތިރިވާ ފަދަ وَعْظ އާއި، نَصِيحَة ގެ މައްޗަށް އެކުލެވިފައި ވުމާއި، މިކަންކަން އެކުލެވިގެންވާ މާތް قُرْآن ބިމުގައި ރަނގަޅަށް ހަރުލައި، ފެތުރިފައިވާ ވަރުގަދަ، ގަދަފަދަ، ހަރު، ބޮޑެތި ފަރުބަދަތަކުގެ ތެރެއިން ފަރުބަދައެއްގެ މައްޗަށް ބާވައިލެއްވި ނަމަވެސް، ﷲ އަށް ބިރުން އެ ފަރުބަދަ މުޅީން ކުދިކުދިވެ، ބުރައިގެން ހިނގައްޖައީހެވެ. އޭގައިވާ عَذَاب ގެ ބަސްފުޅުތަކުގެ ވަރުގަދަކަމާއި، قُرْآن ގެ މާތްކަމާއި، ބޮޑުކަމަށް ބަލާއިރު އެއަށް އަދާކުރާން واجِب ވާ حَقّ إحْتِرام އާއި، تَعْظِيم އަދާ ނުކުރެވިދާނޭކަމަށް ބިރުންނެވެ. އެކަމަކު މިހިރަ ދެރަ ضَعِيف ނިކަމެތި އިންސާނާގެ ހަށިގަނޑުގައި ވާ މުށަށް ލެވޭވަރުގެ ގުނަވަން - އޭނާގެ ހިތް قُرْآن -ން އޭގެ އެއްވެސް އަސަރެއް ނުކުރާ ކަމީ ކުޑަ عَجائِب އެއް ނޫނެވެ.)\nމި آيَة ން رَسُولُ ﷲ ގެ شَخْصِيَّة ގެ ثابِت ކަމާއި، އެކަލޭގެފާނުގެ جَلَال ގެ މަތިވެރިކަން ވަރަށް ފުރިހަމަ ގޮތެއްގައި ސާބިތުވެއެވެ. އެކަލޭގެފާނުގެ ހިތްޕުޅުގައި އެ ބާރުގަދަ قُرْآن تَحَمَّل ކޮށްދެއްވި މާތް ﷲ ގެ ކުޅަދުންވަންތަކަމާއެވެ!

  46. 59:22

    هُوَ ٱللَّهُ ٱلَّذِى لَآ إِلَـٰهَ إِلَّا هُوَ ۖ عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ۖ هُوَ ٱلرَّحْمَـٰنُ ٱلرَّحِيمُ

    Huwal laahul laẓee Laaa ʹilaaha ʹillaa Hoo;―ʻ ʻAalimul g̣aybi washshahaadah; Huwar Raḥmaanur Raḥeem.

    ﷲ އީ އެކަލާނގެ ފިޔަވައި އެހެން އެއްވެސް حَقّ إله އަކު ނުވާ އެއްކައުވަންތަ ﷲ އެވެ. ސިއްރާއި، ފައުޅު ދެނެވޮޑިގެންވާ، رَحْمٰن ވަންތަ، رَحِيم ވަންތަ ކަލާނގެއެވެ.

  47. 59:23

    هُوَ ٱللَّهُ ٱلَّذِى لَآ إِلَـٰهَ إِلَّا هُوَ ٱلْمَلِكُ ٱلْقُدُّوسُ ٱلسَّلَـٰمُ ٱلْمُؤْمِنُ ٱلْمُهَيْمِنُ ٱلْعَزِيزُ ٱلْجَبَّارُ ٱلْمُتَكَبِّرُ ۚ سُبْحَـٰنَ ٱللَّهِ عَمَّا يُشْرِكُونَ

    Huwal laahul laẓee Laaa ʹilaaha ʹillaa Hoo,ʹAl Malikul Q̣uddoosus Salaamul Muʹminul Muhayminul ʻAzeezul Jabbaarul Mutakabbir: Subḥaanal laahi ʻammaa yushrikoon.

    ﷲ އީ އެކަލާނގެ ފިޔަވައި حَقّ އެހެން އެއްވެސް إله އަކު ނުވާ، ހުރިހައި ކަމެއްގެ ވެރި، އަދި ހުރިހައި عَيْب އަކުން ހުސް طَاهِر ވަންތަވެ ވޮޑިގެންވާ ކަލާނގެއެވެ. އެންމެހައި އުނި ކަމަކުން ސަލާމަތް ވެގެންވާ ކަލާނގެއެވެ. مُعْجِزَة އާއި، حُجَّة އާއި بُرْهان ން އެކަލާނގެ رَسُول ން ތެދުކުރައްވާ ކަލާނގެއެވެ. އަޅުތަކުންގެ عَمَل ތަކުގެ މައްޗަށް އަބަދާއި، އަބަދު ބައްލަވާވޮޑިގެންވާ ގަދަފަދަވަންތަ، އަދި އެހެނިހެން ފަރާތްތަކުން ބަދަލު ހިއްޕެވުންވެސް ގަދަފަދަވަންތަ، جَبّار ވަންތަ ކަލާނގެއެވެ. އަދި އެއީ އެންމެހައި އަޅުތަކުންގެ މައްޗަށް كِبْرِياء ވަންތަވެ ވޮޑިގެންވާ ކަލާނގެއެވެ. مُشْرِك ން ކުރާ شِرْك ތަކުން އެކަލާނގެ ހުސް طَاهِر ވަންތަވެ ވޮޑިގެން ވެއެވެ.

  48. 59:24

    هُوَ ٱللَّهُ ٱلْخَـٰلِقُ ٱلْبَارِئُ ٱلْمُصَوِّرُ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ يُسَبِّحُ لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ

    Huwal laahul Khaaliq̣ul Baariʹul Muṣawwiru lahul ʹAsmaaa ʹul-Ḥusnaa: yusabbiḥu lahoo maa- fis samaawaati wal-ʹarḍ: wa-Huwal ʻAzeezul Ḥakeem.

    ﷲ އީ އެދިވޮޑިގަންނަވާ ގޮތަކަށް ތަކެތި މިންވަރުކުރައްވާ، އަދި އަލަށް ތަކެތި إيجاد ކުރައްވާ ކަލާނގެއެވެ. އަދި ތަފާތު صُورَة ތަކާއި، ސިފަތަކުގައި ތަކެތި ސޫރަކުރައްވާ ކަލާނގެއެވެ. އެންމެހައި ރީތި، ރަނގަޅު ނަންފުޅުތައް ވަނީ އެކަލާނގެއަށެވެ. އުޑުތަކާއި، ބިމުގައި ވާހައި ތަކެތި އެކަލާނގެއަށް تَسْبِيح ކިޔައެވެ. އެކަލާނގެއީ عِزّة ވަންތަ، حِكْمَة ވަންތަ ކަލާނގެއެވެ.

  49. Surah Al-MumtahanahBegins here at 60:1

  50. 60:1

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ عَدُوِّى وَعَدُوَّكُمْ أَوْلِيَآءَ تُلْقُونَ إِلَيْهِم بِٱلْمَوَدَّةِ وَقَدْ كَفَرُوا۟ بِمَا جَآءَكُم مِّنَ ٱلْحَقِّ يُخْرِجُونَ ٱلرَّسُولَ وَإِيَّاكُمْ ۙ أَن تُؤْمِنُوا۟ بِٱللَّهِ رَبِّكُمْ إِن كُنتُمْ خَرَجْتُمْ جِهَـٰدًا فِى سَبِيلِى وَٱبْتِغَآءَ مَرْضَاتِى ۚ تُسِرُّونَ إِلَيْهِم بِٱلْمَوَدَّةِ وَأَنَا۠ أَعْلَمُ بِمَآ أَخْفَيْتُمْ وَمَآ أَعْلَنتُمْ ۚ وَمَن يَفْعَلْهُ مِنكُمْ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ

    Yaaa-ʹayyuhal laẓeena ʹaamanoo laa- tattakhiẓoo ʻaduwwee wa-ʻaduwwakum ʹawliyaaaʹa tulq̣oona ʹilayhim̃ bilmawaddati wa-q̣ad kafaroo bimaa jaaaʹakum minal Ḥaq̣q̣i, yukhrijoonar Rasoola wa-ʹiyyaakum ʹañ tuʹminoo billaahi Rabbikum! ʹIñ kuñtum kharajtum jihaadañ fee Sabeelee wabtig̣aaaʹa Marḍaatee tusirroona ʹilayhim bilmawaddati wa-ʹana ʹaʻlamu bimaaa ʹakhfaytum wa-maaa ʹaʻlañtum. Wa-mañy yafʻalhu miñkum faq̣ad ḍalla Sawaaaʹas Sabeel.

    އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިމަން ރަސްކަލާނގެއާއި، އަދި ކަލޭމެންގެ عَدُوّ ންކަމުގައިވާ (غَيْر مُسْلِم ން) އެއީ ތިމާމެންގެ ސަހަރޯވެރި ން ކަމުގައި ކަލޭމެން ބަލައި إخْتِيار ނުކުރާށެވެ. ގާތްކަމާއި، ލޯބިވެތި ވުމުގެ ގޮތުން ކަލޭމެން އެމީހުންނާ ގުޅުން ބަހައްޓައި، رَسُوْل ﷲ ﷺ ގެ ސިއްރު خَبَر ތައް އެމީހުންނަށް އަންގައިދެނީއެވެ. ހަމަކަށަވަރުން އެ ކާފަރުންގެ މީހުން އެ ވަނީ حَقّ ގެ ތެރެއިން ކަލޭމެންގެ ގާތަށް އައި ތަކެތި ދޮގުކޮށްފައެވެ. ﷲ އާއި، رَسُوْل އާއަށް ކާފަރުވެފައެވެ. އެމީހުން އެވަނީ رَسُوْل އާ އާއި، އަދި ކަލޭމެން مُؤْمِن ން ވެސް ގޯތި ގެދޮރުން (مَكَّة އިން) ނެރެލައިފައެވެ. އެއީ ހަމައެކަނި ކަލޭމެންގެ رَبّ ކަމުގައި ވާ ﷲ އަށް ކަލޭމެން إِيْمَان ވީ ކަމަށް ޓަކައެވެ. އެހެންކަމެއްނޫނެވެ. ފަހެ ތިމަން ރަސްކަލާނގެ ރުއްސެވުން އެދިގެން ތިމަން ރަސްކަލާނގެ މަގުގައި ކަލޭމެން جِهاد އަށް ނުކުންނަނީ ކަމުގައި ވަންޏާ އެމީހުން ނަށް ލޯބިވެތިކަމާއެކު ގުޅުން ބަހައްޓައި ނުހަދާށެވެ. رَسُوْل ﷲ ﷺ ގެ ސިއްރު خَبَر ތައް އެމީހުންނަށް ފޮނުވައި، އަދި އަންގައި ނުހަދާށެވެ. ފަހެ ކަލޭމެން ވަންހަނާކުރާ ކަންތަކާއި، އަދި ފައުޅުގައި ކުރާ ކަންތައްވެސް ތިމަން ރަސްކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. ފަހެ ކަލޭމެން مُؤْمِن ންގެ ތެރެއިން އެފަދަ ކަމެއް ކޮށްފި މީހާ (އެބަހީ ކާފަރުންނާ ލޯބިވެތިކަމުގެ ގުޅުން ބަހައްޓައި، އެމީހުންނަށް އިތުބާރުކޮށް، އެމީހުންނަކީ ތިމާމެންގެ ސަހަރޯވެރީން ކަމުގައި ބަލައިފި މީހާ) ދަންނައެވެ. ހަމަކަށަވަރުން ސީދާ حَقّ ތެދުމަގުން އެމީހަކު ކަހައިލައި، މަގުއޮޅި، ވާވަދެއްޖެއެވެ.\nދަންނައެވެ. މި ސޫރަތުގެ މި އާޔަތްތައް ބާވައިލެއްވުމާ ބެހޭ ސަބަބެއް تَفْسِير ފޮތްތަކުގައި بَيان ކުރައްވާފައި ވެއެވެ. بُخارِى އާއި، مُسْلِم އާއި، އަދިވެސް އެހެނިހެން ފޮތްފޮތުގައި ރިވާވެގެން ވެއެވެ. عَلِى بن أبِى طالِب ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُوْل ﷲ ﷺ. އަހުރެންނާއި، زُبَير ގެފާނާއި، އަދި مِقْداد އާއި، رَوْضَة خَاخ އެވެ ކިޔޭ ތަނަކަށް ފޮނުއްވިއެވެ. އަދި حَدِيث ކުރެއްވިއެވެ. އެތަނުން ދިމާވާ ދަތުރުވެރި އަންހެނެއްގެ އަތުގައި ސިޓީއެއް ވާނެއެވެ. އެ ސިޓީ ހިފައިގެން އަންނާން ދާށެވެ. ދެން އަހުރެމެން ގޮސް އެ އަންހެންމީހާ ގާތުގައި ސިޓީ ދޭށޭ ބުނުމުން ސިޓީއެއް ނެތޭ އެމީހާ ބުންޏެވެ. ދެން އަހުރެމެން ބުނެފީމެވެ. ސިޓީ ދޭށެވެ. އެހެންޏާ ކަމަނާގެ ފޭރާން ބައިލާނަމެވެ. ދެން އެމީހާގެ ބޮލުގެ ހުޅިގަނޑުގެ ތެރެއިން ނަގައިފައި ސިޓީ ދީފިއެވެ. ދެން އަހުރެމެން އެ ސިޓީ رَسُوْل ﷲ ﷺ އަށް ގެނަސްދީފީމެވެ. އޭގައި ވަނީ حاطِب بن أبِى بَلْتَعَق ގެ އަރިހުން مَكَّة ގެ ބައެއް مُشْرِك ންނަށް ލިޔެފައިވާ ލިޔުމެކެވެ. (އޭގައި ވަނީ مَكَّة فَتح ކުރައްވާން رَسُوْل ﷲ ﷺ ވަޑައިގަންނަވާ ވާހަކަ ކުރުގޮތަކަށް އަންގައިފައެވެ.)\nދެންފަހެ حاطِب ގެންނަވައި، އެކަމާ رَسُوْل ﷲ ﷺ ސުއާލުކުރެއްވުމުން حاطِب ވިދާޅުވިއެވެ. [އޭ رَسُوْل ﷲ ﷺ އެވެ. އަހުރެންގެ މައްޗަށް އަވަސްވެވަޑައި ނުގަންނަވާށެވެ. އަހުރެންނަކީ أصْل قُرَيْش ގެ މީހެއް ނޫނެވެ. އަހުރެން އެމީހުންނާ ގުޅިގެން އުޅެނީއެވެ. ކަލޭގެފާނާއި، ކަލޭގެފާނާއެކު ވާ أَصْحَاب ބޭކަލުންގެ ގާތްތިމާގެ މީހުން حِمايَة ކޮށް، ރައްކާތެރިކުރާނޭ ގާތް މީހުންނާއި، މުދާ ރައްކާތެރިކުރާނޭ މީހުން مَكَّة ގައި ވެއެވެ. އަހުރެންގެ އެފަދަ ގާތްތިމާގެ މީހަކު ނެތުމުން އަހުރެން قَصْد ކުރީ އަހުރެންގެ ގާތް މީހުން حِمايَة ކުރުމަށް އެ مُشْرِك ންގެ ފަރާތުން ވާގިވެރި އަތެއް ހޯދުމަށެވެ. ތިޔަކަމަކީ އަހުރެން ކާފަރުވާކަށް، އަދި مُرْتَدّ ވާކަށް ކުރި ކަމެއް ނޫނެވެ.] ދެންފަހެ رَسُوْل ﷲ ﷺ حَدِيث ކުރެއްވިއެވެ. [އޭނާ ތެދު ބުނެފިއެވެ.] عُمَر ގެފާނު ވިދާޅުވިއެވެ. [އަހުރެން އޭނާގެ ބޯ ކަނޑައިލާން ދޫކޮށްލައްވާށެވެ.] އެހިނދު رَسُوْل ﷲ ﷺ حَدِيث ކުރެއްވިއެވެ. [އެކަލޭގެފާނު بَدْر ހަނގުރާމައަށް ވަޑައިގެންނެވިއެވެ. ފަހެ بَدْر ގެ أهْل ވެރީންނަށް ﷲ ބައްލަވާވޮޑިގެންނެވިކަން ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވައިތޯއެވެ؟ އަދި އެމީހުންނަށް وَحِي ކުރެއްވިއެވެ. [ތިޔަބައިމީހުން ބޭނުން ކަމެއް ކުރާށެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް ފުއްސަވައިފީމެވެ.] މި بَيان ވެ ދިޔަ حادِثَة އާ ގުޅިގެން އިސްވެދިޔަ އާތަޔް ބާވައިލެއްވިއެވެ.\nއަދި އަންނަނިވި އާޔަތްތައްވެސް އެވަނީ ހަމަ އެ مَوضُوع ގެ ދަށުގައެވެ.

  51. 60:2

    إِن يَثْقَفُوكُمْ يَكُونُوا۟ لَكُمْ أَعْدَآءً وَيَبْسُطُوٓا۟ إِلَيْكُمْ أَيْدِيَهُمْ وَأَلْسِنَتَهُم بِٱلسُّوٓءِ وَوَدُّوا۟ لَوْ تَكْفُرُونَ

    ʹIñy yas̤q̣afookum yakoonoo lakum ʹaʻdaaaʹañw Wayabsuṭooo ʹilaykum ʹaydiyahum wa-ʹalsinatahum̃ bissoooʹi wa-waddoo law takfuroon.

    (އޭ مُؤْمِن ންނޭވެ.) އެ ކާފަރުންގެ މީހުންނަށް ތިޔަބައިމީހުން އަތުލައިގަނެވި، ތިޔަބައިމީހުންގެ މައްޗަށް ގަދަވެވޭ ގޮތް ހަމަ ދިމާވާއިރަށް އެމީހުން ވާނީ ތިޔަބައިމީހުންގެ عَدُوّ ން ކަމުގައެވެ. އެމީހުންގެ އަތްތަކުން ކަލޭމެންނަށް އަނިޔާކޮށް ހަދާނެއެވެ. އަދި އެމީހުންގެ ދޫތަކުން ހުތުރު އެއްޗެތި ކިޔައި ހަދާނެއެވެ. އަދި އެމީހުން އެދިއެދި ތިބޭނީ ކަލޭމެން ކަލޭމެންގެ دِين ން مُرْتَدّ ވެ، އަލުންވެސް كافِر ވެ، އެމީހުންގެ އެ ނުބައި دِين އަށް ކަލޭމެން ވަނުމަށެވެ.

  52. 60:3

    لَن تَنفَعَكُمْ أَرْحَامُكُمْ وَلَآ أَوْلَـٰدُكُمْ ۚ يَوْمَ ٱلْقِيَـٰمَةِ يَفْصِلُ بَيْنَكُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ

    Lañ tañfaʻakum ʹarḥaamukum wa-laaa ʹawlaadukum Yawmal Q̣iyaamah: yafṣilu baynakum: wallaahu bimaa taʻmaloona Baṣeer.

    އެމީހުންނީ ކިތަންމެ ގާތް ބަޔަކު ނަމަވެސް (دِين ގެ ގޮތުން ތަފާތު ވީމާ) އެ ގާތްކަމަކުން قِيامَة ދުވަހަކުން އެއްވެސް مَنْفَع އެއް ނުކުރާނެއެވެ. އެންމެ ގާތްވާނީ ދަރީން ތާއެވެ! ދަރީންނަކާވެސް އެއްވެސް ގުޅުމެއް ނުވާނެއެވެ. ގާތްކަމެއް ނުއޮންނާނެއެވެ. قِيامَة ދުވަހުން އެ ދެމެދު ދުރުކުރައްވައި، ވަކިކުރައްވާ ހުއްޓެވެ. (مُؤْمِن މައިންބަފައިންނާއި، ކާފަރު ދަރީންނަކާ ގުޅުމެއް ނުވާނެއެވެ. دِين ތަފާތުވީމާ އެއްވެސް ގޮތަކުން ގުޅުމެއް ނުއޮންނާނެއެވެ.) އަދި ތިޔަބައިމީހުން ކުރާހައި ކަމެއް ﷲ ދެނެވޮޑިގެން ވެއެވެ. އެ ކަންކަމަށް އެކަލާނގެ އަބަދުމެ ބައްލަވާވޮޑިގެން ވެއެވެ.\nދަންނައެވެ. إيمان ކަމާއި، كافِر ކަމަކީ قِيامَة ދުވަހުން އެއްގޮތަކަށްވެސް ގުޅުމެއް އޮންނާނޭ ކަމެއް ނޫނެވެ. އެހެންވެ، ދުނިޔޭގައިވެސް ކާފަރުންނަށް ބަރޯސާކޮށް، އިތުބާރުކޮށް، އެމީހުން ސަލާމަތްކޮށް އުޅުމަށް مُؤْمِن ންނަށް ﷲ އެވަނީ މަނާކުރައްވާފައެވެ. دِين ގެ ގޮތުން އެމީހުން އެކައްޗަކަށް ވާނދެނެވެ.

  53. 60:4

    قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِىٓ إِبْرَٰهِيمَ وَٱلَّذِينَ مَعَهُۥٓ إِذْ قَالُوا۟ لِقَوْمِهِمْ إِنَّا بُرَءَٰٓؤُا۟ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ ٱللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ ٱلْعَدَٰوَةُ وَٱلْبَغْضَآءُ أَبَدًا حَتَّىٰ تُؤْمِنُوا۟ بِٱللَّهِ وَحْدَهُۥٓ إِلَّا قَوْلَ إِبْرَٰهِيمَ لِأَبِيهِ لَأَسْتَغْفِرَنَّ لَكَ وَمَآ أَمْلِكُ لَكَ مِنَ ٱللَّهِ مِن شَىْءٍ ۖ رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ ٱلْمَصِيرُ

    Q̣ad kaanat lakum ʹuswatun ḥasanatuñ feee ʹIbraaheema wallaẓeena maʻahooo ʹiẓ q̣aaloo liq̣awmihim ʹinnaa buraʹaaaʹu miñkum wa-mimmaa taʻbudoona miñ doonil laah: kafarnaa bikum wa-badaa baynanaa wa-baynakumul ʻadaawatu wal-bag̣ḍaaaʹu ʹabadan ḥattaa tuʹminoo billaahi Waḥdahooo ʹillaa q̣awla ʹIbraaheema liʹabeehi laʹastag̣firanna laka wa-maaa ʹamliku laka minal laahi miñ shayʹ. Rabbanaa ʻalayka tawakkalnaa wa-ʹilayka ʹanabnaa wa-ʹilaykal Maṣeer.

    (އޭ مُؤْمِن ތަކުންނޭވެ! ކާފަރުންނާއި، مُشْرِك ން ނަށް ކަލޭމެން مُؤْمِن ން مُوالات ކޮށް، ލޯބިވެތިކަން ބަހައްޓާން ނުވާނޭ ކަމުގެ މައްޗަށް) ރަނގަޅުވެގެންވާ ރިވެތި ނަމޫނާ، إبراهيم ގެފާނާއި، އެކަލޭގެފާނަށް إِيْمَان ވެގެން އެކަލޭގެފާނުގެ އަރިހުގައިތިއްބެވިބޭކަލުންގައި ވެއެވެ. އެ ބޭކަލުންގެ عَمَل ފުޅު އެއީ ކަލޭމެންގެ މައްޗަށް ވާ ރަނގަޅު ނަމޫނާއެކެވެ. އެ ބޭކަލުން އެ ބޭކަލުންގެ قَوْم ގެ މީހުންނަށް ވިދާޅުވި ހިނދު ހަނދާންކޮށްބަލާށެވެ! އެ ބޭކަލުން ވިދާޅުވިއެވެ. [އޭ قَوْم ގެ މީހުންނޭވެ. އަހުރެމެން މި ވަނީ ﷲ ފިޔަވައި ކަލޭމެން އަޅުކަން ކުރާހައި ތަކެތީންނާއި، އަދި ކަލޭމެންގެ ކިބައިން ބަރީއަ ވެގެންނެވެ. ކަލޭމެންނާ މުޅީން خِلاف ވެގެންނެވެ. އަހުރެމެންނާއި، ކަލޭމެންނާ ދެމެދު މިވަނީ ގަދަވެގެންވާ عَداوَة ތެރިކަމާއި، ރުޅިވެރި ކަމެކެވެ. އެއީ އަބަދަށެވެ. އެއްކައުވަންތަ ﷲ އަށް ކަލޭމެން إِيْمَان ވާނދެނެވެ. (އެބޭކަލުން މި إعْلان ކުރެއްވިއިރު ތިމާގެ މީހެއް، ބަފައެއް ދަރިއެއް ވަކި ނެތެވެ. އެންމެންނަށެވެ. دِين ތަފާތުވީމައި، އަހުރެމެން مُؤْمِن ން ވެސް ވާންޖެހޭނީ ހަމަ އެފަދައިންނެވެ. އެއީ ނަމޫނާއެވެ.) އެބޭކަލުންގެ ވާހަކައިން އިސްތިސްނާވަނީ ހަމައެކަނި إبراهيم ގެފާނު އެކަލޭގެފާނުގެ ބައްޕައަށް ވިދާޅުވި ބަސްފުޅެވެ. އެކަލޭގެފާނު ބައްޕައަށް ވިދާޅުވިއެވެ. [އަހުރެން ކަލޭގެ ފާފަ ފުއްސެވުން އެދި دُعاء ކުރާނަމެވެ. އަދި ﷲ ގެ حَضْرَة ން އަތުވެދާނޭ އެއްވެސް އުނދަގުލެއް ބައްޕަގެ ފަރާތުން دِفاع ކުރެވޭނޭ އެއްވެސް ބާރެއް އަހުރެންނަކަށް ނުވެއެވެ.] (އެކަމަކު އެކަލޭގެފާނުގެ ބައްޕައާމެދު ވިދާޅުވި އެ ބަސްފުޅު އަނބުރައި ގެންނަވައި، އެ ބައްޕަގެ ފަރާތުންވެސް ދުރުވެވަޑައިގެން، ބަރީއަވެ ވަޑައިގެންނެވި އެވެ. އެއީ ހަމަ ﷲ ގެ عَدُوّ އެއްކަން ރަނގަޅަށް އެނގިވަޑައިގެންނެވުމުންނެވެ. تَوْبَة ސޫރަތުގައި އެވާހަކަ ވެއެވެ.) އޭ އަޅަމެންގެ رَبّ އެވެ! އަޅަމެން وَكِيل ކޮށް، رُجُوع ވަނީ ހަމައެކަނި އިބަ ރަސްކަލާނގެ حَضْرَة އަށެވެ. އަދި އެނބުރި ދިއުން ވަނީ އިބަ ރަސްކަލާނގެ حَضْرَة އަށެވެ.

  54. 60:5

    رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلَّذِينَ كَفَرُوا۟ وَٱغْفِرْ لَنَا رَبَّنَآ ۖ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ

    Rabbanaa laa- tajʻalnaa fitnatal lillaẓeena kafaroo wag̣fir lanaa Rabbanaa! ʹInnaka ʹAñtal ʻAzeezul Ḥakeem.

    އޭ އަޅަމެންގެ رَبّ އެވެ! ކާފަރުވެއްޖެ މީސްތަކުންނަށް ވާ فِتْنَة އެއް ކަމުގައި އަޅަމެން ނުލައްވާނދޭވެ! (އެބަހީ އަޅަމެންގެ މައްޗަށް ކާފަރުން ގަދަ ނުކުރައްވާނދޭވެ! އެއިރުން އެމީހުން އެތިބީ حَقّ ގައި ކަމުގައި އެމީހުންނަށް ހީވެދާނެއެވެ.) އަދި އަޅަމެންނަށް އަޅަމެންގެ ފާފަ ފުއްސަވާނދޭވެ! އޭ އަޅަމެންގެ رَبّ އެވެ! ހަމަކަށަވަރުން عِزَّة ވަންތަ، حِكْمَة ވަންތަ ކަލާނގެއަކީ ހަމަ ތިޔައީއެވެ.

  55. 60:6

    لَقَدْ كَانَ لَكُمْ فِيهِمْ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ ۚ وَمَن يَتَوَلَّ فَإِنَّ ٱللَّهَ هُوَ ٱلْغَنِىُّ ٱلْحَمِيدُ

    Laq̣ad kaana lakum feehim ʹuswatun ḥasanatul limañ kaana yarjul laaha wal-Yawmal ʹAakhir. Wa-mañy yatawalla faʹinnal laaha Huwal G̣aniyyul Ḥameed.

    ހަމަކަށަވަރުން އެބޭކަލުންގައި (އެބަހީ إبْراهِيم ގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި އީމާންވެގެންވާ ބޭކަލުންގެ عَمَل ފުޅުގައި) ތިޔަބައިމީހުންނަށް ވާ ރަނގަޅު، ރިވެތި ނަމޫނާ ވެއެވެ. އެއީ ﷲ އަށާއި، آخِرَة ދުވަހަށް ބިރުވެތިވާ ބަޔަކަށެވެ. އަދި މިފަދަ إرْشاد އަށް ކިޔަމަންނުވެ، ފުރަގަސް ދީފި މީހާ ދަންނައެވެ. (އެކަމުގެ ގެއްލުމާއި، ހަލާކު ހުރީ ހަމަ އެމީހަކަށެވެ.) ހަމަކަށަވަރުން ﷲ އީ ފުދިވޮޑިގެންވާ، އަދި حَمْد އާއި، ثَناء ލިބިވޮޑިގެންވާ ކަލާނގެއެވެ.

  56. 60:7

    ۞ عَسَى ٱللَّهُ أَن يَجْعَلَ بَيْنَكُمْ وَبَيْنَ ٱلَّذِينَ عَادَيْتُم مِّنْهُم مَّوَدَّةً ۚ وَٱللَّهُ قَدِيرٌ ۚ وَٱللَّهُ غَفُورٌ رَّحِيمٌ

    ʻAsal laahu ʹañy yajʻala baynakum wa-baynal laẓeena ʻaadaytum minhum mawaddah. Wallaahu Q̣adeer; wallaahu G̣afoorur Raḥeem.

    (އޭ مُؤْمِن ންނޭވެ.) ކަލޭމެންނާއި، އަދި ކަލޭމެންނާ ދެމެދު عَداوة ތެރިކަން ވާ މީހުންނާ ދެމެދު (އެބަހީ مَكَّة ގައި ތިބި ކާފަރު ގާތްތިމާގެ މީހުންނާ ދެމެދު) މާތް ﷲ ލޯބިވެތިކަމާއި، مَوَدَّة ލައްވައިފާނެއެވެ. ﷲ އީ އެކަމަށްވެސް ކުޅަދުންވަންތަވެ ވޮޑިގެންވާ ކަލާނގެއެވެ. އަދި ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ، رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. (مَكَّة فَتْح ވެ مَكَّة ގެ مُشْرِك ން إسْلام ވީ ހިނދުން مُؤْمِن ންގެ މެދުގައި އެމީހުންނާމެދު އޮތް ރުޅިވެރިކަން ލޯބިވެތިކަމަކަށް ބަދަލުވެގެން ދިޔައީއެވެ.)

  57. 60:8

    لَّا يَنْهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ لَمْ يُقَـٰتِلُوكُمْ فِى ٱلدِّينِ وَلَمْ يُخْرِجُوكُم مِّن دِيَـٰرِكُمْ أَن تَبَرُّوهُمْ وَتُقْسِطُوٓا۟ إِلَيْهِمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ

    Laa- yanhaakumul laahu ʻanil laẓeena lam yuq̣aatilookum fid Deeni wa-lam yukhrijookum miñ diyaarikum ʹañ tabarroohum wa-tuq̣siṭooo ʹilayhim: ʹinnal laaha yuḥibbul Muq̣siṭeen.

    (އޭ مُؤْمِن ންނޭވެ.) ކަލޭމެންނާ އިދިކޮޅަށް دِين ގެ ގޮތުން ހަނގުރާމަ ނުކޮށް، އަދި ކަލޭމެންގެ ގޯތިގެދޮރުން ކަލޭމެން ނުނެރޭ ކާފަރުންނަށް (ކާއެތިކޮޅު ދިނުންފަދަ، ހެދުން ދިނުންފަދަ) إحْسان ތެރިކަން ބަހައްޓައި، ހެޔޮކޮށް ހިތުން ﷲ ކަލޭމެންނަށް ނަހީއެއް ނުކުރައްވައެވެ. މަނާ ނުކުރައްވައެވެ. އަދި عَدْل ވެރިކޮށް އެމީހުންނާ ކަންތައް ކުރުމެއް ﷲ نَهِى އެއް ނުކުރައްވައެވެ. ހަމަކަށަވަރުން عَدْل ވެރިވާ މީހުންނަށް ﷲ ލޯބިވެވޮޑިގެން ވެއެވެ.

  58. 60:9

    إِنَّمَا يَنْهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ قَـٰتَلُوكُمْ فِى ٱلدِّينِ وَأَخْرَجُوكُم مِّن دِيَـٰرِكُمْ وَظَـٰهَرُوا۟ عَلَىٰٓ إِخْرَاجِكُمْ أَن تَوَلَّوْهُمْ ۚ وَمَن يَتَوَلَّهُمْ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ

    ʹInnamaa yanhaakumul laahu ʻanil laẓeena q̣aatalookum fid Deeni wa-ʹakhrajookum miñ diyaarikum wa-z̤̣aaharoo ʻalaaa ʹikhraajikum ʹañ tawallawhum. Wa-mañy yatawallahum faʹulaaaʹika humuz̤̣ z̤̣aalimoon.

    އެކަމަކު، دِين އާމެދު ކަލޭމެންނާ އިދިކޮޅަށް ހަނގުރާމަކޮށް، އަދި ގޯތިގެދޮރުން ކަލޭމެން ނެރެ، އަދި ގޯތިގެދޮރުން ކަލޭމެން ނެރުމާމެދު އެހީތެރިވާ މީސްމީހުންނަށް ހެޔޮކޮށް ހިތައި، إحْسان ތެރިވެ، އެމީހުންނާ مُوالات ކުރުން ﷲ ނަހީކުރައްވާ، مَنَع ކުރައްވާކަން ކަށަވަރެވެ. އަދި އެފަދަ މީހުންނަށް موالات ކޮށް، އެފަދަ މީހުންނީ ތިމާމެންގެ ސަހަރޯވެރީން ކަމުގައި ބަލައިގެންފި ކޮންމެ މީހަކު ދަންނައެވެ. އެއީ ކަނޑައެޅިގެން އަނިޔާވެރީންނެވެ.

  59. 60:10

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا جَآءَكُمُ ٱلْمُؤْمِنَـٰتُ مُهَـٰجِرَٰتٍ فَٱمْتَحِنُوهُنَّ ۖ ٱللَّهُ أَعْلَمُ بِإِيمَـٰنِهِنَّ ۖ فَإِنْ عَلِمْتُمُوهُنَّ مُؤْمِنَـٰتٍ فَلَا تَرْجِعُوهُنَّ إِلَى ٱلْكُفَّارِ ۖ لَا هُنَّ حِلٌّ لَّهُمْ وَلَا هُمْ يَحِلُّونَ لَهُنَّ ۖ وَءَاتُوهُم مَّآ أَنفَقُوا۟ ۚ وَلَا جُنَاحَ عَلَيْكُمْ أَن تَنكِحُوهُنَّ إِذَآ ءَاتَيْتُمُوهُنَّ أُجُورَهُنَّ ۚ وَلَا تُمْسِكُوا۟ بِعِصَمِ ٱلْكَوَافِرِ وَسْـَٔلُوا۟ مَآ أَنفَقْتُمْ وَلْيَسْـَٔلُوا۟ مَآ أَنفَقُوا۟ ۚ ذَٰلِكُمْ حُكْمُ ٱللَّهِ ۖ يَحْكُمُ بَيْنَكُمْ ۚ وَٱللَّهُ عَلِيمٌ حَكِيمٌ

    Yaaaʹayyuhal laẓeena ʹaamanoo ʹiẓaa jaaaʹakumul Muʹminaatu Muhaajiraatiñ famtaḥinoohunn: ʹAllaahu ʹaʻlamu biʹeemaanihinn: faʹin ʻalimtumoohunna Muʹminaatiñ falaa tarjiʻoohunna ʹilal Kuffaar. Laa- hunna ḥillul lahum wa-laa hum yaḥilloona lahunn. Wa-ʹaatoohum maaa ʹañfaq̣oo. Wa-laa junaaḥa ʻalaykum ʹañ tañkiḥoohunna ʹiẓaaa ʹaataytumoohunna ʹujoorahunn. Wa-laa tumsikoo biʻiṣamil kawaafiri wasʹaloo maaa ʹañfaq̣tum walyasʹaloo maaa ʹañfaq̣oo. Ẓaalikum ḥukmul laah. Yaḥkumu baynakum. Wallaahu ʻAleemun Ḥakeem.

    އޭ إيمان ވެއްޖެ މީސްތަކުންނޭވެ! مُؤْمِن އަންހެނުން ތިޔަބައިމީހުންގެ ގާތަށް هِجْرَة އަށް އަތުވެއްޖެއްޔާ ތިޔަބައިމީހުން އެކަނބަލުންގެ إِيْمَان ކަން إمْتِحان ކުރާށެވެ. ރަނގަޅަށް إِيْمَان ވެގެންތޯ ބަލާށެވެ. ނުވަތަ އޮޅުވައިލައިގެން އުޅެނީތޯ ބަލާށެވެ. އެކަނބަލުންގެ إِيْمَان ކަމުގެ خَبَر ދަބަރު ﷲ މޮޅަށް ދެނެވޮޑިގެން ވެއެވެ. ދެންފަހެ إمْتِحان ކުރުމަށްފަހު އެއީ ރަނގަޅު مُؤْمِن ން ކަމުގައި ކަލޭމެންނަށް ސާފުކޮށް އެނގިއްޖެއްޔާ ދެން އަލުން އެކަނބަލުން ކާފަރުންގެ ގާތަށް ނުފޮނުވާށެވެ. ކާފަރު ފިރީން ގާތަށް ނުފޮނުވާށެވެ. އެގޮތަކީ دِين ތަފާތުވުމުގެ ސަބަބުން އެ ކާފަރު ފިރީންނަށް ދެން އެކަނބަލުން حَلال ވެގެން ނުވެއެވެ. އަދި އެކަނބަލުންނަކަށް ދެން އެ ކާފަރު ފިރީން حَلال ވެގެން ނުވެއެވެ. ދެންފަހެ އެކަނބަލުންގެ ކުރީގެ ކާފަރު ފިރިމީހާ އައިސް، އެކަނބަލުންނަށް ދީފައިވާ ކާވެނިރަނަށް އެދެފިއްޔާ، ކަލޭމެން މުސްލިމުން އޭނާޔަށް ކާވެނިރަން ދޭށެވެ. (އެ އަދާކުރާނީ مُسْلِم ންގެ ވެރިޔަކަށް ހުރި މީހާއެވެ. ސަރުކާރުންނެވެ. ނުވަތަ مُسْلِم ން ކުރެ މީހެކެވެ.) އަދި إِيْمَان ވެގެން އެ އައި އަންހެން މީހާޔާ ކަލޭމެން އިނުމަކުން ކަލޭމެންގެ މައްޗަކަށް އެއްވެސް ކުށެއް ނެތެވެ. އެއީ ރޭކުރެވިފައިވާ މީހަކު ކަމުގައި ވަންޏާ عِدّة ހަމަކުރުމަށް ފަހުގައެވެ. އަދި އެކަނބަލުންނަށް އެހެން މީހުންނެކޭވެސް އެއްގޮތަށް ކާވެނިރަން އަދާކޮށްގެންނެވެ. އަދި ކާފަރުންގެ ރައްކާތެރިކަން ނުހިފާށެވެ. (އެބަހީ ފިރިހެން މީހާ إسْلام ވެފައި، އަންހެން މީހާ إسْلام ނުވިނަމަ، އެ ދެމީހުންގެ ކާވެނި ކެންސަލްވީއެވެ. ހަމަ އެފަދައިން، އަންހެންމީހާ مُرْتَدّ ވީނަމަވެސް ދެން ކާވެނި ކެންސަލްވީއެވެ. އެ ދެމެދު ކާވެނީގެ ގުޅުމެއް ނުއޮންނާނެއެވެ.) އަދި ކާފަރު އަންހެންމީހާގެ ފަރާތުން ނުވަތަ مُرْتَدّ ވީ އަންހެންމީހާގެ ކިބައިން އެކަނބަލުންނަށް ދީފައިވާ ކާވެނިރަން ކަލޭމެން އެދޭށެވެ. އެކަނބަލުންގެ ފަރާތުން އެ ތަކެތި ލިބޭން ޖެހޭނެއެވެ. ހަމަ އެފަދައިން إسْلام ވެގެން އައި އަންހެންމީހާގެ ކާފަރު ފިރިމީހާވެސް އޭނާ ދިން ކާވެނިރަނަށް އެދޭށެވެ. مُسْلِم ންގެ ފަރާތުން އޭނާޔަށް އެ އަދާކުރާށެވެ. އެއީ ﷲ ގެ حُكْم އެވެ. ކަލޭމެންގެ މެދުގައި ﷲ حُكْم ކުރައްވަނީއެވެ. އަދި ﷲ އީ ދެނެވޮޑިގެންވާ، حِكْمَة ވަންތަ ކަލާނގެއެވެ.

  60. 60:11

    وَإِن فَاتَكُمْ شَىْءٌ مِّنْ أَزْوَٰجِكُمْ إِلَى ٱلْكُفَّارِ فَعَاقَبْتُمْ فَـَٔاتُوا۟ ٱلَّذِينَ ذَهَبَتْ أَزْوَٰجُهُم مِّثْلَ مَآ أَنفَقُوا۟ ۚ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ أَنتُم بِهِۦ مُؤْمِنُونَ

    Wa-ʹiñ faatakum shayʹum min ʹazwaajikum ʹilal kuffaari faʻaaq̣abtum faʹaatul laẓeena ẓahabat ʹazwaajuhum mis̤la maaa ʹañfaq̣oo. Wattaq̣ul laahal laẓeee ʹañtum̃ bihee Muʹminoon.

    (އޭ مُؤْمِن ންނޭވެ!) ތިޔަބައިމީހުންގެ އަނބީންކުރެ މީހަކު ކަލޭމެންނާ ވަކިވެގެން ކާފަރުންގެ ތެރެއަށް ގޮސް، އެމީހުންނާ ގުޅިއްޖެއްޔާ، އަދި އެ އަންހެންމީހާ ދިޔައީ އޭނާއަށް އޭނާގެ مُؤْمِن ފިރިމީހާ ދިން ކާވެނީގެ ރަން އަދާނުކޮށް ކަމުގައި ވަންޏާ مُؤْمِن ން ކުރެ ބަޔަކު ނުވަތަ بَيْتُ الْمال ން އެ ކާވެނިރަނުގެ މިންވަރު އެ ފިރިހެންމީހާއަށް ދޭށެވެ. (ނުވަތަ އޭގެ ކުރީން) مُؤْمِن ން ހަނގުރާމައެއް ކޮށް، އެ ހަނގުރާމައިން غَنِيْمَة އެއް ލިބިއްޖެނަމަ އެ غَنِيْمَة ބެހުމުގެ ކުރީން އެމީހާގެ ކާވެނިރަނުގެ މިންވަރު އެއިން ނަގާފައި ދޭށެވެ. އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ. تَقْوَى ވެރިވާށެވެ. އެކަލާނގެއީ އެފަރާތަށް ކަލޭމެން إِيْمَان ވެގެންވާ ފަރާތެވެ.

  61. 60:12

    يَـٰٓأَيُّهَا ٱلنَّبِىُّ إِذَا جَآءَكَ ٱلْمُؤْمِنَـٰتُ يُبَايِعْنَكَ عَلَىٰٓ أَن لَّا يُشْرِكْنَ بِٱللَّهِ شَيْـًٔا وَلَا يَسْرِقْنَ وَلَا يَزْنِينَ وَلَا يَقْتُلْنَ أَوْلَـٰدَهُنَّ وَلَا يَأْتِينَ بِبُهْتَـٰنٍ يَفْتَرِينَهُۥ بَيْنَ أَيْدِيهِنَّ وَأَرْجُلِهِنَّ وَلَا يَعْصِينَكَ فِى مَعْرُوفٍ ۙ فَبَايِعْهُنَّ وَٱسْتَغْفِرْ لَهُنَّ ٱللَّهَ ۖ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

    Yaaaʹayyuhan Nabiyyu ʹiẓaa jaaaʹakal Muʹminaatu yubaayiʻnaka ʻalaaa ʹal laa yushrikna billaahi shayʹañw walaa yasriq̣na wa-laa yazneena wa-laa yaq̣tulna ʹawlaadahunna wa-laa yaʹteena bibuhtaaniñy yaftareenahoo bayna ʹaydeehinna wa-ʹarjulihinna wa-laa yaʻṣeenaka fee maʻroofiñ fabaayiʻhunna wastag̣fir lahunnal laah: ʹinnal laaha G̣afoorur Raḥeem.

    އޭ نَبِى އާއެވެ. (مَكَّة ހިއްޕެވި ދުވަހު) ކަލޭގެފާނުގެ އަރިހަށް އަންހެނުން (އެބަހީ އަންހެނުންތައް) إِيْمَان ވެގެން بَيْعَة ހިފުމަށް އަތުވެއްޖައީ ވިއްޔާ، އެކަނބަލުންގެ بَيْعَة ހިއްޕަވާށެވެ. އެއީ އަންނަނިވި شَرْط ތަކުގެ މައްޗަށެވެ. 1- އެއްވެސް ގޮތަކުން އެއްވެސް އެއްޗަކާއި، ﷲ އާ شَرِيك ނުކުރުމަށް، 2- ވައްކަން ނުކުރުމަށް 3- ޒިނޭ ނުކުރުމަށް 4- އެކަނބަލުން އެކަނބަލުންގެ ދަރީން ނުމެރުމަށް، 5- އެކަނބަލުންގެ އަތްތަކާއި، ފައިތަކާ ދެމެދުން އެއްވެސް ދޮގު بُهْتان އެއް ގެނަސްނުގަތުމަށް (އެބަހީ ފިރިމީހާއަށް نِسْبَة ނުވާ ދަރިއެއް ފިރިމީހާއަށް ނިސްބަތް ނުކުރުމެވެ.)، އަދި 6- އެއްވެސް ހެޔޮކަމެއްގައި އެކަނބަލުން ކަލޭގެފާނަށް ނުއުރެދުމަށް. މިއެވެ. ފަހެ އެކަނބަލުން މި شَرْط ތައް ފުރިހަމަކޮށްފިއްޔާ އެގޮތުގެ މައްޗަށް އެކަނބަލުންނާ بَيْعَة ހިއްޕަވާށެވެ. އަދި އެކަނބަލުންގެ ފާފަ ފުއްސެވުމަށް ﷲ ގެ حَضْرَة ގައި އެދިވަޑައިގަންނަވާށެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ، އަދި رَحْمَة ލެއްވުން ބޮޑުވެގެންވާ ރަސްކަލާނގެއެވެ.

  62. 60:13

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَوَلَّوْا۟ قَوْمًا غَضِبَ ٱللَّهُ عَلَيْهِمْ قَدْ يَئِسُوا۟ مِنَ ٱلْـَٔاخِرَةِ كَمَا يَئِسَ ٱلْكُفَّارُ مِنْ أَصْحَـٰبِ ٱلْقُبُورِ

    Yaaaʹayyuhal laẓeena ʹaamanoo laa- tatawallaw q̣awman g̣aḍibal laahu ʻalayhim q̣ad yaʹisoo minal ʹAakhirati kamaa yaʹisal kuffaaru min ʹaṣḥaabil q̣uboor.

    އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. އެބައެއްގެ މައްޗަށް ﷲ ކޯފާ ލައްވާފައިވާ ބަޔަކު އެއީ ކަލޭމެންގެ ވެރީން ކަމުގައި ބަލައި، އެމީހުންނަށް نَصْر ދީ، ކަލޭމެންގެ ވެރިކަން އެމީހުންނަށް ނުދޭށެވެ. (އެއީ مُسْلِم ން ފިޔަވައި އެންމެހައި كَافِر جَمَاعَة ތަކެވެ. ނުވަތަ يَهُودِي ންނެވެ.) ފަހެ އެމީހުންކުރެ، މަރުވެގޮސް، ކަށްވަޅުތަކުގައިވާ މީހުންވެސް آخِرَة ދުވަހާމެދު أُمِّيد ކަނޑައިލީފަދައިން މިމީހުންވެސް މިވަނީ آخِرَة ދުވަހާމެދު أُمِّيد ކަނޑައިލައިފައެވެ. (ފަހެ آخِرَة ދުވަހާމެދު އެމީހުން أُمِّيد ކަނޑައިލީ آخِرَة ދުވަސް ނާންނާނޭ ކަމުގެ إعْتِقاد ގެ މައްޗަށެވެ. ނުވަތަ އެ ދުވަސް އައުމުން އެމީހުންނަށް އެއްވެސް ހެޔޮ ނަސީބެއް ނެތްކަން އެނގި އެގޮތުގެ މައްޗަށެވެ. وَاللَّهُ أَعْلَمُ)

  63. Surah As-SafBegins here at 61:1

  64. 61:1

    سَبَّحَ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ

    Sabbaḥa lillaahi maa- fis samaawaati wa-maa fil ʹarḍ: wa-Huwal ʻAzeezul Ḥakeem.

    އުޑުތަކާއި، ބިމުގައި ވާހައި ތަކެތި ﷲ އަށް تَسْبِيح ކިޔައެވެ. ހުސް طاهِر ވަންތަ ކުރެއެވެ.

  65. 61:2

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لِمَ تَقُولُونَ مَا لَا تَفْعَلُونَ

    Yaaa-ʹayyuhal laẓeena ʹaamanoo lima taq̣ooloona maa laa- tafʻaloon?

    އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ކަލޭމެން ނުކުރާ ކަންތައްތަކުގެ ވާހަކަ ކުރިކަމަށް ބުނަނީ ކީއްވެގެން ހެއްޔެވެ؟ (އެކަމެއް ނުކޮށްތިބެ، ތިމާމެން އެވެނި ހެޔޮކަމެއް ކޮށްފީމޭ، މިވެނި ރަނގަޅުކަމެއް ކޮށްފީމޭ ބުނެހަދަނީ ކީއްވެގެން ހެއްޔެވެ؟)

  66. 61:3

    كَبُرَ مَقْتًا عِندَ ٱللَّهِ أَن تَقُولُوا۟ مَا لَا تَفْعَلُونَ

    Kabura maq̣tan ʻiñdal laahi ʹañ taq̣ooloo maa laa- tafʻaloon.

    ކަލޭމެން ނުކުރާ ކަންތަކުގެ ވާހަކަ ކޮށްފީމޭ ބުނެހެދުމީ ﷲ ގެ حَضْرَة ގައި ކޯފާއާއި، عَذاب ބޮޑުވެގެންވާ ކަމެކެވެ. (އެ ހެދެނީ ދޮގެކެވެ.)

  67. 61:4

    إِنَّ ٱللَّهَ يُحِبُّ ٱلَّذِينَ يُقَـٰتِلُونَ فِى سَبِيلِهِۦ صَفًّا كَأَنَّهُم بُنْيَـٰنٌ مَّرْصُوصٌ

    ʹInnal laaha yuḥibbul laẓeena yuq̣aatiloona fee Sabeelihee ṢAFFAÑ kaʹannahum̃ bunyaanum marṣooṣ.

    ﷲ ގެ މަގުގައި ސަފުސަފަށް (އެއްގާކޮޅު އަނެއް ގާކޮޅާ ގުޅި، ތަތްވެ ގަދަފަދަވެފައިވާ ބިނާއެއްފަދަ ގަދަފަދަކޮށް ސަފުހަދައިގެން) ހަނގުރާމަކުރާ މީހުންނަށް ﷲ ލޯބިވެވޮޑިގެން ވެއެވެ.

  68. 61:5

    وَإِذْ قَالَ مُوسَىٰ لِقَوْمِهِۦ يَـٰقَوْمِ لِمَ تُؤْذُونَنِى وَقَد تَّعْلَمُونَ أَنِّى رَسُولُ ٱللَّهِ إِلَيْكُمْ ۖ فَلَمَّا زَاغُوٓا۟ أَزَاغَ ٱللَّهُ قُلُوبَهُمْ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ

    Wa-ʹiẓ q̣aala Moosaa liq̣awmihee yaa-q̣awmi lima tuʹẓoonanee wa-q̣at taʻlamoona ʹannee rasoolul laahi ʹilaykum?˺ Falammaa zaag̣ooo ʹazaag̣al laahu q̣uloobahum. Wallaahu laa- yahdil q̣awmal faasiq̣een.

    އަދި مُوْسَى عَلَيْه السلام އެކަލޭގެފާނުގެ قَوْم ގެ މީހުންނަށް ވިދާޅުވިހިނދު ހަނުމަފުޅު ކުރައްވާށެވެ ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. [އޭ އަހުރެންގެ قَوْم ގެ މީހުންނޭވެ. ކަލޭމެން ތިމަން ކަލޭގެފާނަށް އުނދަގޫ ކުރަނީ ކީއްވެގެން ހެއްޔެވެ؟ ހަމަކަށަވަރުން ތިމަންކަލޭގެފާނީ ކަލޭމެންގެ ގާތަށް ﷲ ފޮނުއްވި رَسُوْل އާކަން ކަލޭމެން ރަނގަޅަށް ދަންނާނެއެވެ.] (އެމީހުން އެކަލޭގެފާނަށް އުނދަގޫކުރީ އެކަލޭގެފާނުގެ ބަސްފުޅު ނުއެހުމުންނާއި، އެކަލޭގެފާނުގެ أمْر ފުޅަށް ނުކިޔަމަންތެރި ވެގެންނާއި، އަދި އެކަލޭގެފާނަށް ހުތުރު އެއްޗެތި ކިޔައިގެންނެވެ. އެކަލޭގެފާނުގެ ކުރިމަތިފަރާތް ބޮޑުވެފައޭވެސް އެމީހުން ކީއެވެ. أحْزاب ސޫރަތް ނިމޭތާ އެވާހަކަ ذِكْر ކުރެވިގެން ވެއެވެ.) ދެންފަހެ އެމީހުން އެގޮތުގެ މަތީގައި އެކަލޭގެފާނަށް ނުކިޔަމަންތެރިވުން މަތީ ދެމިތިބުމުން، ނުވަތަ إِيْمَان ކަމާއި، ތެދުމަގާ ދުރަށް އެމީހުން ލެނބުމުން ﷲ އެމީހުންގެ ހިތްތައް إِيْمَان ކަމާއި، ތެދުމަގާ ދުރަށް ލަންބަވައިފިއެވެ. އަދި فاسِق ވެއްޖެ ބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ.

  69. 61:6

    وَإِذْ قَالَ عِيسَى ٱبْنُ مَرْيَمَ يَـٰبَنِىٓ إِسْرَٰٓءِيلَ إِنِّى رَسُولُ ٱللَّهِ إِلَيْكُم مُّصَدِّقًا لِّمَا بَيْنَ يَدَىَّ مِنَ ٱلتَّوْرَىٰةِ وَمُبَشِّرًۢا بِرَسُولٍ يَأْتِى مِنۢ بَعْدِى ٱسْمُهُۥٓ أَحْمَدُ ۖ فَلَمَّا جَآءَهُم بِٱلْبَيِّنَـٰتِ قَالُوا۟ هَـٰذَا سِحْرٌ مُّبِينٌ

    Wa-ʹiẓ q̣aala ʻEesab nu Maryama yaa-Baneee ʹIsraaaʹeela ʹinnee Rasoolul laahi ʹilaykum muṣaddiq̣al limaa bayna yadayya minat Tawraati wa-Mubashshiram bi-Rasooliñy yaʹtee mim baʻdis muhooo ʹAhmad.˺ Falammaa jaaaʹahum̃ bil-Bayyinaati q̣aaloo Haaẓaa Siḥrum mubeen.

    އަދި مَرْيَم ގެފާނުންގެ ދަރިކަލުން عِيْسَى عَلَيْه السلام بَنِي إسْرائيل ންނަށް ވިދާޅުވި ހިނދު ކަންވީގޮތް ހަނދުމަ ފުޅު ކުރައްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. [އޭ بَنِي إسْرائيل އެވެ! ހަމަކަށަވަރުން އަހުރެންނަކީ ކަލޭމެންގެ ގާތަށް ﷲ ފޮނުއްވި رَسُوْل އާއެވެ. އެއީ އަހުރެންގެ ކުރީގައި ވާ تَوْرَاة ތެދުކުރާ حال ގައެވެ. އަދި އަހުރެންގެ ފަހުން ވަޑައިގަންނަވާނޭ رَسُوْل ބޭކަލަކު ވަޑައިގަންނަވާނޭ ކަމުގެ އުފާވެރި خَبَر ވެސް ކަލޭމެންނަށް ދޭށެވެ. އެ ބޭކަލެއްގެ ނަންފުޅަކީ أَحْمَد އެވެ.] ދެންފަހެ ބަޔާންވެ، ފައުޅުވެގެންވާ مُعْجِزَة އާއި، دَلِيل އާއިގެން އެކަލޭގެފާނު (އެބަހީ عِيْسَى / ނުވަތަ أَحْمَد ގެފާނު) ވަޑައިގަތުމުން އެމީހުން ބުނީ [މިއީ بَيَان ވެގެންވާ سِحْر އެއް] ކަމުގައެވެ. (ކާފަރުންގެ މީހުން މިއިން އެއް ބޭކަލަކަށްވެސް إِيْمَان އެއް ނުވިއެވެ.)

  70. 61:7

    وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ ٱلْكَذِبَ وَهُوَ يُدْعَىٰٓ إِلَى ٱلْإِسْلَـٰمِ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ

    Wa-man ʹaz̤̣lamu mimmanif taraa ʻalal laahil kaẓiba wa-huwa yudʻaaa ʹilal ʹIslaam? Wallaahu laa- yahdil q̣awmaz̤̣ z̤̣aalimeen.

    إسْلام ވުމަށް އެމީހަކަށް ގޮވޭހިނދު، ގޮވެމުން ދާއިރު ﷲ ގެ މައްޗަށް ބޮޑު ދޮގެއް ހަދައިގަތް މީހަކަށް ވުރެން ވަކީން ބޮޑު އަނިޔާވެރިޔަކީ ކާކު ހެއްޔެވެ؟ އެއަށްވުރެ ބޮޑު އަނިޔާވެރިޔަކު ނުވާނެއެވެ. އަދި އަނިޔާވެރި ވެއްޖެ ބަޔަކަށް ﷲ ތެދުމަގު ނުދައްކަވާ ހުއްޓެވެ.

  71. 61:8

    يُرِيدُونَ لِيُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَٱللَّهُ مُتِمُّ نُورِهِۦ وَلَوْ كَرِهَ ٱلْكَـٰفِرُونَ

    Yureedoona liyuṭfiʹoo Nooral laahi biʹafwaahihim wallaahu mutimmu Noorihee wa-law karihal kaafiroon.

    އެމީހުން އެދެނީ އެމީހުންގެ އަނގަތަކުން (ބައްތީގެ ހުޅުކޮޅަށް ފުމޭގޮތަށް ފުމެގެން) ﷲ ގެ نُوْر ނިވާލާން ކަމަށެވެ. إسْلام دِيْن ގެ އަލިކަން ނައްތައިލާން ކަމަށެވެ. އެކަމަކު ކާފަރުން ނުރުހި ތިއްބަސް ﷲ އެކަލާނގެ نُوْر ފުރިހަމަ ކުރައްވާނެއެވެ. إسْلام دِيْن ފައުޅުކުރައްވާނެއެވެ.

  72. 61:9

    هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوْ كَرِهَ ٱلْمُشْرِكُونَ

    Huwal laẓeee ʹarsala Rasoolahoo bil-Hudaa wa-Deenil Ḥaq̣q̣i liyuz̤̣hirahoo ʻalad deeni kullihee wa-law karihal Mushrikoon.

    އެކަލާނގެއީ ތެދުމަގާއި، حَقّ دِين އާއިގެން އެކަލާނގެ رَسُوْل އާ مُحَمَّدٌ ﷺ ފޮނުއްވި ކަލާނގެއެވެ. އެއީ އެންމެހައި دِيْن ތަކެއްގެ މައްޗަށް އެ دِيْن ފައުޅުކުރައްވައި، ގަދަކުރެއްވުމަށްޓަކައެވެ. مُشْرِك ންނާއި دِين ގެ عَداوَة ތެރީން ނުރުހި ތިބިނަމަވެސް މެއެވެ.

  73. 61:10

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ هَلْ أَدُلُّكُمْ عَلَىٰ تِجَـٰرَةٍ تُنجِيكُم مِّنْ عَذَابٍ أَلِيمٍ

    Yaaaʹayyuhal laẓeena ʹaamanoo hal ʹadullukum ʻalaa tijaaratiñ tuñjeekum min ʻAẓaabin ʹaleem?

    އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ވޭންދެނިވި عَذاب ން ތިޔަބައިމީހުން ސަލާމަތް ވާނޭ ވިޔަފާރިއަކަށް ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް މަގުދައްކައި، އިރުޝާދުދެއްވާ ހުށީމެވެ. އެ ވިޔަފާރީގެ رَأْسُالمَال އަކީ (ތިޔަބައިމީހުންގެ ފަރާތުން ދައްކާންޖެހޭ މުދަލަކީ):

  74. 61:11

    تُؤْمِنُونَ بِٱللَّهِ وَرَسُولِهِۦ وَتُجَـٰهِدُونَ فِى سَبِيلِ ٱللَّهِ بِأَمْوَٰلِكُمْ وَأَنفُسِكُمْ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ

    Tuʹminoona billaahi wa-Rasoolihee wa-tujaahidoona fee Sabeelil laahi biʹamwaalikum wa-ʹañfusikum: ẓaalikum khayrul lakum ʹiñ kuñtum taʻlamoon!

    ތިޔަބައިމީހުން ﷲ އަށާއި، އެކަލާނގެ رَسُوْل އާއަށް إِيْمَان ވެ، އެ ދެފަރާތް ތެދުކުރުމާއި، ތިޔަބައިމީހުންގެ މުދަލާއި، ތިޔަބައިމީހުންގެ نَفْس ތަކުން ﷲ ގެ މަގުގައި جِهاد ކުރުމެވެ. ތިޔަބައިމީހުންނަށް އެނގޭނަމަ އެގޮތް، އަދި އެ ކަންތައް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަމުގެ ބަދަލުގައި ކަލޭމެންނަށް ހުރި ފައިދާއަކީ، އެ ވިޔަފާރީގެ ނަފާއަކީ:

  75. 61:12

    يَغْفِرْ لَكُمْ ذُنُوبَكُمْ وَيُدْخِلْكُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ وَمَسَـٰكِنَ طَيِّبَةً فِى جَنَّـٰتِ عَدْنٍ ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ

    Yag̣fir lakum ẓunoobakum wa-yudkhilkum Jannaatiñ tajree miñ taḥtihal ʹanhaaru wa-masaakina ṭayyibatañ fee Jannaati ʻAdn: ẓaalikal Fawzul ʻaz̤̣eem.

    އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސެވުމެވެ. އަދި އެ ތަންތާނގެ ދަށުން އާރުތައް ދެމިގެންވާ ސުވަރުގެތަކަށް ތިޔަބައިމީހުން ވެއްދެވުމެވެ. އަދި قائِم ވެ ތިބޭ ސުވަރުގެތަކުގައި ތިބޭނޭ مَسْكَن ތައް (ތިބޭނޭ ތަން) ތިޔަބައިމީހުންނަށް ދެއްވުމެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.

  76. 61:13

    وَأُخْرَىٰ تُحِبُّونَهَا ۖ نَصْرٌ مِّنَ ٱللَّهِ وَفَتْحٌ قَرِيبٌ ۗ وَبَشِّرِ ٱلْمُؤْمِنِينَ

    Wa-ʹukhraa tuḥibboonahaa,― naṣrum minal laahi wa-fatḥuñ q̣areeb. Wa-bashshiril Muʹmineen.

    އަދި ތިޔަބައިމީހުން އެ ފައިދާއަކަށް ޓަކައި ލޯބިކުރާނޭ އެހެން ފައިދާއެއް ވެއެވެ. އެއީ ﷲ ގެ حَضْرَة ން ވާ نَصْر އާއި، ކާމިޔާބެވެ. އަދި فَتْح އެވެ. (مَكَّة فَتْح ވުމެވެ.) އަދި مُؤْمِن ތަކުންނަށް އުފާވެރިކަމުގެ خَبَر ދެއްވާށެވެ.\nދަންނައެވެ. އިސްވެދިޔަ ދެތިން آيَة ގައި ﷲ بَيان ކުރައްވާފައި އެވާ ނަފާ އެހައިބޮޑު ވިޔަފާރިއަކީ މިއަދު އަޅުގަނޑުމެންނަށް ބައިވެރި ވެވިދާނޭ ވިޔަފާރިއެކެވެ. އެއް ފަރާތުން ހުށައަޅާންޖެހޭ މުދަލަކީ ﷲ އަށާއި، އެކަލާނގެ رَسُوْل އާއަށް إِيْمَان ވުމާއި، ދެން ތިމާމެންގެ މުދަލާއި نَفْس ތަކުން ﷲ ގެ މަގުގައި جِهاد ކުރުމެވެ. މި ތަކެތީގެ ބަދަލުގައި ﷲ ދެއްވަން އެ އަންގަވަނީ ދުވަހަކު ނިމުމެއް ނުވާ ބޮޑު نِعْمَة އެވެ. އެއީ ފާފަ ފުއްސަވައި ދެއްވުމާއި އެތަންތާނގެ ދަށުން އާރުތައް ހިނގަހިނގައި އޮންނަ ސުވަރުގެތަކަށް ވެއްދެވުމާއި، قائِم ވެ ތިބޭ ސުވަރުގެއިން މާތްވެގެންވާ ގޯތިގެދޮރު ދެއްވުމެވެ. އަދި މީގެ އިތުރުން އެހެން ފައިދާއެކެވެ. އެއީ ދުނިޔެމަތީގައި ދެއްވާނޭ ފައިދާއެވެ. ކުރީން ދެންނެވިގެން އެވަނީ قِيامَة ދުވަހުން ހުރި ފައިދާއާއި، ބޮޑުވެގެންވާ ނަސީބެވެ. ދުނިޔެމަތީގައިވާ ފައިދާއަކީ ﷲ ގެ نَصْر އާއި، فَتْح ދެއްވުމެވެ. ފަހެ މި ވިޔަފާރީގެ ނަފާ ބޮޑުކަމާއެވެ!

  77. 61:14

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوٓا۟ أَنصَارَ ٱللَّهِ كَمَا قَالَ عِيسَى ٱبْنُ مَرْيَمَ لِلْحَوَارِيِّـۧنَ مَنْ أَنصَارِىٓ إِلَى ٱللَّهِ ۖ قَالَ ٱلْحَوَارِيُّونَ نَحْنُ أَنصَارُ ٱللَّهِ ۖ فَـَٔامَنَت طَّآئِفَةٌ مِّنۢ بَنِىٓ إِسْرَٰٓءِيلَ وَكَفَرَت طَّآئِفَةٌ ۖ فَأَيَّدْنَا ٱلَّذِينَ ءَامَنُوا۟ عَلَىٰ عَدُوِّهِمْ فَأَصْبَحُوا۟ ظَـٰهِرِينَ

    Yaaaʹayyuhal laẓeena ʹaamanoo koonooo ʹañṣaaral laahi kamaa q̣aala ʻEesab nu Maryama lil-Ḥawaariyyeena man ʹañṣaareee ʹilal laah? Q̣aalal Ḥawaariyyoona naḥnu ʹañṣaarul laahi faʹaamanaṭ ṭaaaʹifatum mim Baneee ʹIsraaaʹeela wa-kafaraṭ ṭaaaʹifah. Faʹayyadnal laẓeena ʹaamanoo ʻalaa ʻaduwwihim faʹaṣbaḥoo z̤̣aahireen.

    އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ ގެ نَصْر ވެރީންނަށް ވާށެވެ. އެބަހީ ﷲ ގެ دِين އަށް نَصْر ދޭ ބަޔަކު ކަމުގައި ކަލޭމެން ވާށެވެ. އެއީ حَوارِيّ ންނަށް ވެސް عِيْسَى ވިދާޅުވި ފަދައިންނެވެ. (حَوارِيّ ންނަކީ عِيْسَى عَلَيْه السلام ގެ أصْحاب ންނެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. [ﷲ އަށް نَصْر ދޭން އަހުރެންގެ نَصْر ވެރީންނަކީ ކޮބައިހެއްޔެވެ؟] އެބަހީ [ﷲ ގެ دِين އަށް نَصْر ދިނުމަށް ޓަކައި އަހުރެންނަށް نَصْر ދީ ވާގިވެރިވާނޭ ބަޔަކީ ކޮން ބައެއް ހެއްޔެވެ؟] އެހިނދު حَوارِيّ ބޭކަލުން ދެންނެވިއެވެ. [އަހުރެމެން މީ ﷲ ގެ نَصْر ވެރީންނެވެ.] އެބަހީ [ﷲ ގެ دِين އަށް نَصْر ދޭން ތިބި މީހުންނެވެ.] (مُحَمَّد ގެފާނަށް إِيْمَان ވެގެން ތިބި މީހުންނޭވެ. عِيْسَى عَلَيْه السلام ގެ حَوارِيّ ބޭކަލުން އެ ވިދާޅުވިގޮތަށް ﷲ ގެ دِين އަށް نَصْر ދޭ ބަޔަކު ކަމުގައި ކަލޭމެން ވާށެވެ.\nފަހެ أصْحاب ބޭކަލުންނަށް رَسُوْل ﷲ ﷺ އެފަދައިން އެންގެވުމުން އެ ބޭކަލުން ކަންތައް ކުރެއްވީވެސް ހަމަ އެފަދައިންނެވެ. އެ ބޭކަލުން ވީ ﷲ ގެ دِين އަށް نَصْر ދިން މާތް ބޭކަލުން ކަމުގައެވެ. رَضِيَ ﷲ عَنْهُم) ދެން بَنِي إسْرائِيل ންގެ ތެރެއިން جَماعَة އެއްގެ ބަޔަކު މީހުން عِيْسَى عَلَيْه السلام އަށް إِيْمَان ވިއެވެ. އަދި އޭގެ ތެރެއިން جَماعَة އެއްގެ ބަޔަކު ކާފަރުވިއެވެ. ދެންފަހެ ކާފަރު އެވީ جَماعَة ގެ މައްޗަށް إِيْمَان ވީ މީސްތަކުން ތިމަންރަސްކަލާނގެ ގަދަކުރައްވައި، تَأْيِيد ކުރެއްވީމެވެ. އަދި إِيْمَان ވީ މީސްތަކުން ވީ އެބައިމީހުންގެ عَدُوّ ންގެ މައްޗަށް ގަދަވެގެންވާ ބަޔަކު ކަމުގައެވެ.

  78. Surah Al-Jumu'ahBegins here at 62:1

  79. 62:1

    يُسَبِّحُ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ٱلْمَلِكِ ٱلْقُدُّوسِ ٱلْعَزِيزِ ٱلْحَكِيمِ

    Yusabbiḥu lillaahi maa- fis samaawaati wa-maa fil ʹarḍil Malikil Q̣uddoosil ʻAzeezil Ḥakeem.

    އުޑުތަކާއި، ބިމުގައި ވާހައި ތަކެތި ﷲ އަށް تَسْبِيح ކިޔައެވެ. ﷲ ހުސް طاهِر ވަންތަ ކުރެއެވެ. (ދުލުން ބުނެވޭ ތަކެތި ދުލުންނެވެ. ދުލުން ނުބުނެވޭ ތަކެތި އަދި އެހެން ގޮތަކުންނެވެ. حال ގެ ދުލުންނެވެ. އިންސާނުންނަކަށް އެ ތަކެތީގެ تَسْبِيح ނުވިސްނޭނެއެވެ. އެއްވެސް އެއްޗެއް ﷲ އަށް تَسْبِيح ކިޔާ ކަމުގައި މެނުވީ ނުވެއެވެ. އެކަމަކު އިންސާނުންނަކަށް އެ تَسْبِيح ނުވިސްނޭނެއެވެ: (وَإِن مِّن شَيْءٍ إِلَّا يُسَبِّحُ بِحَمْدِهِ وَلَـٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ الآية - بَنِيْ إِسْرَائِيْل ٤٤) ﷲ އީ އެންމެހައި ތަކެތީގެ ވެރި ކަލާނގެއެވެ. އަދި އެންމެހައި عَيْب އަކުން ދުރުވެ ހުސް طاهِر ވެގެންވާ ކަލާނގެއެވެ. އެއީ عِزَّة ވަންތަ، حَكِيم ވަންތަ ކަލާނގެއެވެ.

  80. 62:2

    هُوَ ٱلَّذِى بَعَثَ فِى ٱلْأُمِّيِّـۧنَ رَسُولًا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَـٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَـٰلٍ مُّبِينٍ

    Huwal laẓee baʻas̤a fil ʹUmmiyyeena Rasoolam min-hum yatloo ʻalayhim ʹAayaatihee wa-yuzakkeehim wa-yuʻallimuhumul Kitaaba wal-Ḥikmah,― wa-ʹiñ kaanoo miñ q̣ablu lafee ḍalaalim mubeen;―

    އެކަލާނގެއީ ލިޔެކިޔާން ނުދަންނަ [أُمِّيّ] މީހުންގެ ތެރެއަށް ހަމަ އެމީހުންގެ ތެރެއިން އެބަހީ [أُمِّيّ] އިން މީހަކު رَسُوْل ކަމާއިގެން ފޮނުއްވި ކަލާނގެއެވެ. (އެބަހީ سَماوِى އެއްވެސް ފޮތެއްގެ أهْل ވެރި ބަޔަކު ކަމުގައި ނުވާ عَرَبِى ންގެ ތެރެއަށް عَرَبِى ންގެ ތެރެއިން رَسُوْل އަކު ފޮނުއްވި ކަލާނގެއެވެ. އެއީ مُحَمَّدٌ ﷺ އެވެ. އަދި އެހެން ނޫނަސް [أُمِّيّ] މި لَفْظ ގެ މާނައީ ލިޔެކިޔާން ނުދަންނަ މީހާއެވެ. އެ ދުވަސްވަރު عَرَبِى ންގެ މަދު މީހަކަށް ލިޔެކިޔާން އެނގުނަސް، ގިނަ މީހުންނަކީ عَامّ ކޮށް ލިޔެކިޔާން ނުދަންނަ މީހުންނެވެ.) ދެންފަހެ އެ ރަސޫލާ ވަޑައިގަތީ އެބައިމީހުންނަށް އެކަލާނގެ آيَة ތައް ކިޔަވައިދެއްވުމަށާއި، كُفْر އާއި، شِرْك ން އެބައިމީހުން طاهِر ކުރެއްވުމަށާއި ށާއި، އަދި ކީރިތި قُرْآن އާއި، سُنَّة އެބައިމީހުންނަށް އުނގަންނަވައިދެއްވުމަށެވެ. އަދި އޭގެ ކުރީގައި، އެބަހީ رَسُوْل އާ ފޮނުއްވުމުގެ ކުރީގައި، ކަނޑައެޅިގެން بَيان ވެގެންވާ މަގުފުރެދުމެއްގައި އެމީހުން ތިބިނަމަވެސް މެއެވެ.

  81. 62:3

    وَءَاخَرِينَ مِنْهُمْ لَمَّا يَلْحَقُوا۟ بِهِمْ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ

    Wa-ʹaakhareena minhum lammaa yalḥaq̣oo bihim: wa-Huwal ʻAzeezul Ḥakeem.

    އަދި އެކަލޭގެފާނު رَسُوْل ކަމާއިގެން ފޮނުއްވެވީ އެހާތަނަށް އެބައިމީހުންގެ ތެރޭގައި ނެތް ބަޔަކަށްވެސް (އެބަހީ އެކަލޭގެފާނުގެ أصْحاب ބޭކަލުންނަށްފަހު قِيامَة އާ ޖެހޭންދެން ދުނިޔެއަށް އަންނާނޭ ބަޔަކަށް) ވެސް رَسُوْل ބޭކަލަކު ކަމުގައެވެ. އަދި އެކަލާނގެއީ عِزَّة ވަންތަ، حَكِيم ވަންތަ ކަލާނގެއެވެ.

  82. 62:4

    ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ

    Ẓaalika Faḍlul laahi yuʹteehi mañy yashaaaʹ: wallaahu Ẓul Faḍlil ʻaz̤̣eem.

    އެއީ - އެބަހީ نَبِى ކަމާއި، رَسُوْل ކަމަކީ - ﷲ ގެ فَضْل ވަންތަވެރި ކަމެވެ. އެކަލާނގެ އެދިވޮޑިގެންނެވި ފަރާތަކަށް އެ فَضْل ވަންތަކަން ދެއްވައެވެ. އަދި ﷲ އީ فَضْل ވަންތަކަމުގެ ވެރި، ނުހަނު ހައިބަ ވަންތަކަމުގެވެރި ކަލާނގެއެވެ.

  83. 62:5

    مَثَلُ ٱلَّذِينَ حُمِّلُوا۟ ٱلتَّوْرَىٰةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ ٱلْحِمَارِ يَحْمِلُ أَسْفَارًۢا ۚ بِئْسَ مَثَلُ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِ ٱللَّهِ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ

    Mas̤alul laẓeena ḥum-milut Tawraata s̤umma lam yaḥmiloohaa kamas̤alil ḥimaari yaḥ-milu ʹasfaaraa. Biʹsa mas̤alul q̣awmil laẓeena kaẓẓaboo biʹAayaatil laah. Wallaahu laa- yahdil q̣awmaz̤̣ z̤̣aalimeen.

    تَوْرَاة އަށް عَمَل ކުރަން ޖެހިފައި ދެން އެ ފޮތުގައިވާ ގޮތަށް عَمَل ނުކުރި މީހުންގެ މިސާލަކީ ބުރިކަށިމަތީގައި ބޮޑެތި ބަރު ފޮތްތަކެއް އުފުލާ حِمار ގެ މިސާލެވެ. (ބުރިކަށިމަތީގައި ވަނީ ފޮތެއް ކަމެއްވެސް ނަޖިހެއްވެސް ކަމެއް އެ حِمار އަށްވެސް ނޭނގެއެވެ.) ﷲ ގެ އާޔަތްތައް ދޮގުކުރި މި މީހުންގެ މިސާލުގެ ނުބައިކަން ވަރަށްވެސް ބޮޑެވެ. އަދި އަނިޔާވެރި ވެއްޖެ ބަޔަކަށް ﷲ ތެދުމަގު ނުދައްކަވާނެއެވެ. (މި އާޔަތުގައި އިޝާރާތްވެގެން މިވާ މީހުންނަކީ يَهُودِي ންނެވެ.)

  84. 62:6

    قُلْ يَـٰٓأَيُّهَا ٱلَّذِينَ هَادُوٓا۟ إِن زَعَمْتُمْ أَنَّكُمْ أَوْلِيَآءُ لِلَّهِ مِن دُونِ ٱلنَّاسِ فَتَمَنَّوُا۟ ٱلْمَوْتَ إِن كُنتُمْ صَـٰدِقِينَ

    Q̣ul yaaaʹayyuhal laẓeena haadooo ʹiñ zaʻamtum ʹannakum ʹawliyaaaʹu lillaahi miñ doonin naasi fatamannawul Mawta ʹiñ kuñtum ṣaadiq̣een!

    (އޭ رَسُوْل ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އޭ يَهُودِي ވެގަތް މީހުންނޭވެ! ކަލޭމެންނީ އެހެން މީސްތަކުން ފިޔަވައި ﷲ ގެ وَلِيّ ން ކަމުގައި - އަދި އެކަލާނގެ އެންމެ ލޯބިވެވޮޑިގެންވާ މީހުން ކަމުގައި ދެކޭނަމަ - އެހެންކަމަށް ހީކުރަންޏާ ފަހެ ކަލޭމެން މަރުވާން އެދޭށެވެ. (އެއިރުން ހަމަ ސީދާ ދެން ސުވަރުގެ ދާންވީއެވެ. ކަލޭމެން ހީކުރާ ގޮތުގައި، އަދި ކަލޭމެން ބުނާ ގޮތުގައި يَهُودِي އަކު ނުވަތަ نَصارَى އަކު މެނުވީ ސުވަރުގެ ނުވަންނާނެއެވެ.) ކަލޭމެންގެ ބަހުގައި ކަލޭމެން ތެދުބުނާ ކަމުގައި ވާނަމަ އަވަހަށް މަރުވާން އެދޭށެވެ. (އެމީހުންގެ އެބަހާއި، އެ ހީކުރުން އެއީ ދޮގެއްކަން އަންގަވައި ﷲ އެ وَحِي ކުރައްވަނީ މިފަދައިންނެވެ.)

  85. 62:7

    وَلَا يَتَمَنَّوْنَهُۥٓ أَبَدًۢا بِمَا قَدَّمَتْ أَيْدِيهِمْ ۚ وَٱللَّهُ عَلِيمٌۢ بِٱلظَّـٰلِمِينَ

    Wa-laa yatamannawnahooo ʹabadam bimaa q̣addamat ʹaydeehim! Wallaahu ʻAleemum biz̤̣z̤̣aalimeen!

    ދުވަހަކުވެސް އެމީހުން އެ މަރަކަށް ނޭދޭނެއެވެ. އެއީ އެމީހުން ކޮށްފައިވާ ފާފަތަކުގެ ސަބަބުންނެވެ. އެމީހުންނީ އަނިޔާވެރީންނެވެ. އަދި އަނިޔާވެރީންނާމެދު ﷲ ދެނެވޮޑިގެން ވެއެވެ.

  86. 62:8

    قُلْ إِنَّ ٱلْمَوْتَ ٱلَّذِى تَفِرُّونَ مِنْهُ فَإِنَّهُۥ مُلَـٰقِيكُمْ ۖ ثُمَّ تُرَدُّونَ إِلَىٰ عَـٰلِمِ ٱلْغَيْبِ وَٱلشَّهَـٰدَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ

    Q̣ul ʹinnal Mawtal laẓee tafirroona minhu faʹinnahoo mulaaq̣eekum summa turaddoona ʹilaa ʻAalimil g̣aybi washshahaadati fayunabbiʹukum̃ bimaa kuntum taʻmaloon!

    (އޭ رَسُوْل ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. އެޔަކާމެދު ކަލޭމެން ބިރުން ތިޔަ ފިލައިގަންނަ މަރު ހަމަކަށަވަރުން ކަލޭމެންނާ ބައްދަލުކުރާނެއެވެ. ކަލޭމެން މަރުވާނެއެވެ. ސިއްރާއި، ފައުޅު ދެނެވޮޑިގެންވާ ކަލާނގެ حَضْرَة އަށް - ﷲ ގެ حَضْرَة އަށް - ދެން ކަލޭމެން ފޮނުވޭނެއެވެ. ދެންފަހެ ދުނިޔޭގައި ތިބެގެން ކަލޭމެން ކުރިހައި ކަމެއްގެ خَبَر އެކަލާނގެ ކަލޭމެންނަށް ދެއްވާނެއެވެ. (އަދި އޭގެ جَزَاء ވެސް ދެއްވާނެއެވެ.)

  87. 62:9

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نُودِىَ لِلصَّلَوٰةِ مِن يَوْمِ ٱلْجُمُعَةِ فَٱسْعَوْا۟ إِلَىٰ ذِكْرِ ٱللَّهِ وَذَرُوا۟ ٱلْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ

    Yaaaʹayyuhal lazeena ʹaamanooo ʹiẓaa noodiya liṣ-Ṣalaati miñy Yawmil JUMUʻATI fasʻaw ʹilaa Ẓikril laahi wa-ẓarul bayʻ: ẓaalikum khayrul lakum ʹiñ kuñtum taʻlamoon!

    އޭ إيمان ވެއްޖެ މީސްތަކުންނޭވެ. ހުކުރު ދުވަހު ހުކުރު ނަމާދަށް ގޮވައިލެވިއްޖެއްޔާ ﷲ ގެ ذِكْر ކުރުމަށް ކަލޭމެން އަވަސްވެގަންނާށެވެ. އަދި ކަލޭމެން ގަނެވިއްކުން ދޫކޮށްލާށެވެ. (ހުކުރު ވަގުތު ކަލޭމެން ވިޔަފާރި ނުކުރާށެވެ.) ކަލޭމެންނަށް އެނގޭ ކަމުގައި ވަންޏާ އެގޮތް (އެކަން) ކަލޭމެންނަށް މާ ހެޔޮވެގެން ވެއެވެ.\n(ނޯޓް: [ހުކުރު ދުވަހު ހުކުރު ނަމާދަށް ގޮވައިލެވިއްޖެއްޔާ] އޭ އޮތް ބަސްފުޅުގެ މުރާދަކީ إمام މީހާ خُطْبَة ކިޔުމަށް މިންބަރަށް އެރީމާ ދެން އެ ގޮވާ ބަންގި ގޮވުމެވެ. އެ ވަގުތުން ފެށިގެން ހުކުރު ނަމާދު ނިމޭންދެން، ވިޔަފާރިކުރުން މުޅީން حَرام ވާނެއެވެ. މަނާ ވާނެއެވެ.) رَسُولُ الله ﷺ ޒަމާނުގައި خُطْبَة ފައްޓަވަނީ މެންދުރު ބަންގިއާއި ވިދިގެންނެވެ. 12.35ގައެއްނޫނެވެ.

  88. 62:10

    فَإِذَا قُضِيَتِ ٱلصَّلَوٰةُ فَٱنتَشِرُوا۟ فِى ٱلْأَرْضِ وَٱبْتَغُوا۟ مِن فَضْلِ ٱللَّهِ وَٱذْكُرُوا۟ ٱللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ

    Faʹiẓaa q̣uḍiyatiṣ Ṣalaatu fañtashiroo fil ʹarḍi wabtag̣oo miñ Faḍlil laahi waẓkurul laaha kas̤eeral laʻallakum tufliḥoon.

    ދެންފަހެ ހުކުރު ނަމާދު ނިމިއްޖެއްޔާ ދެން ކަލޭމެންގެ މަސައްކަތާއިގެން (ގަނެވިއްކުމާއި، އެހެނިހެންވެސް ކަންކަމާއިގެން) އުޅޭށެވެ. ބިމުގައި ފެތުރިގަންނާށެވެ. ދާން ބޭނުން ހުއްދަ ދިއުމަކަށް ދާށެވެ. ދިއުން ހުއްދަވީއެވެ. އަދި ﷲ ގެ حَضْرَة ން فَضْل ވަންތަކަން އެދޭށެވެ! ރިޒުގު އެދޭށެވެ! އަދި ދަރުމަޔާއި، ثَواب ވެސް އެދޭށެވެ! އަދި ގިނަގިނައިން ﷲ އަށް ذِكْر ކުރާށެވެ! ﷲ ހަނދާންކުރާށެވެ. އެއީ ކަލޭމެންނަށް ކާމިޔާބު ވޭތޯއެވެ. އެކަމުގެ أُمِّيد ގައެވެ.

  89. 62:11

    وَإِذَا رَأَوْا۟ تِجَـٰرَةً أَوْ لَهْوًا ٱنفَضُّوٓا۟ إِلَيْهَا وَتَرَكُوكَ قَآئِمًا ۚ قُلْ مَا عِندَ ٱللَّهِ خَيْرٌ مِّنَ ٱللَّهْوِ وَمِنَ ٱلتِّجَـٰرَةِ ۚ وَٱللَّهُ خَيْرُ ٱلرَّٰزِقِينَ

    Wa-ʹiẓaa raʹaw tijaaratan ʹaw lahwaniñ faḍḍooo ʹilayhaa wa-tarakooka q̣aaaʹimaa: Q̣ul maa- ʻiñdal laahi khayrum minal lahwi wa-minat tijaarah! wallaahu Khayrur Raaziq̣een.

    އަދި رَسُولُ الله އެމީހުންނަށް ވިޔަފާރިއެއް ފެނިއްޖެއްޔާ، ނުވަތަ ކުޅިވަރެއް ފެނިއްޖެއްޔާ އެދިމާއަކަށް އެބައިމީހުން ވަކިވަކިވެގެން ދަނީއެވެ. ކަލޭގެފާނު (މިންބަރުގައި خُطْبَة ވިދާޅުވާން) ދޫކޮށްލައިފައި އެމީހުން ނުކުމެގެން އެ ދަނީއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކުޅިވަރާއި، ވިޔަފާރިއަށްވުރެ ﷲ ގެ حَضْرَة ގައި ވާ ތަކެތި (ثَواب އާއި، ދަރުމަ) މާ ހެޔޮކަން ބޮޑެވެ. އަދި ﷲ އީ ތަކެތި ދެއްވާ ފަރާތްތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ފަރާތެވެ.\n(ނޯޓް: މި އާޔަތް ބާވައިލެއްވި ސަބަބެއް تَفْسِير عِلْم ވެރީން ލިޔުއްވާފައި ވެއެވެ. އެ ވާހަކައިގެ خُلاصَة އަކީ: مَدِينَة ގެ أهْل ވެރީންނަށް ބަނޑުހައިހޫނުކަމެއް ދިމާވެފައިވީ ދުވަސްވަރެއްގައި އެމީހުންގެ ވިޔަފާރި ގާފިލާ شام ކަރައިން އައިސް ލެފި ވަގުތަކީ ހުކުރު ދުވަހު رَسُوْل ﷲ ﷺ މިމްބަރުގައި خُطْبَة ވިދާޅުވާން ހުންނެވި ވަގުތެވެ. ވިޔަފާރި ގާފިލާ އަންނަ އަޑު އިވުމުން މިސްކިތުގައި ހުކުރަށް ގޮސް ތިބި މީހުންވެސް އެންމެ ބާރަ މީހުން ފިޔަވައި އެންމެން ވިޔަފާރި ގާފިލާއާ ދިމާއަށް ދެމިގަނެވުނީއެވެ. رَسُوْل ﷲ ﷺ ހުންނެވީ خُطْبَة ވިދާޅުވާށެވެ. އެކަމާ ގުޅިގެން މި އާޔަތް ބާވައިލެއްވި އެވެ. وَاللَّهُ أَعْلَمُ. = فَتْحُ الْقَدِير =

  90. Surah Al-MunafiqunBegins here at 63:1

  91. 63:1

    إِذَا جَآءَكَ ٱلْمُنَـٰفِقُونَ قَالُوا۟ نَشْهَدُ إِنَّكَ لَرَسُولُ ٱللَّهِ ۗ وَٱللَّهُ يَعْلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشْهَدُ إِنَّ ٱلْمُنَـٰفِقِينَ لَكَـٰذِبُونَ

    ʹIẓaa jaaaʹakal MUNAAFIQ̣OONA q̣aaloo nashhadu ʹinnaka la-Rasoolul laah. Wallaahu yaʻlamu ʹinnaka la-Rasooluh: wallaahu yashhadu ʹinnal Munaafiq̣eena lakaaẓiboon.

    (އޭ رَسُوْل ﷲ އެވެ!) مُنافِق ންގެ މީހުން ކަލޭގެފާނުގެ مَجْلِس އަށް އަތުވެއްޖެއްޔާ އެމީހުން ބުނާނެއެވެ. [ހަމަކަށަވަރުން ކަލޭގެފާނަކީ ކަނޑައެޅިގެން ﷲ ގެ رَسُوْل އާ ކަމަށް އަހުރެމެން ހެކިވަމެވެ.] އަދި ﷲ އެއަންގަވަނީ ހަމަކަށަވަރުން ކަލޭގެފާނީ ﷲ ގެ رَسُوْل އާ ކަން ﷲ ދެނެވޮޑިގެން ވެއެވެ. އަދި ހަމަކަށަވަރުން مُنافِق ން އެ ހަދަނީ ކަނޑައެޅިގެން ދޮގުކަން، އެއީ ދޮގުވެރީން ކަމުގައި ﷲ ހެކިވެވޮޑިގެންވެއެވެ.\nދަންނައެވެ. މި އާޔަތުގައި މިވާ مُنافِق ންގެ މުރާދަކީ عَبْدُﷲ بن أُبَيُّ بن سَلُول އާއި، އޭނާގެ އެކުވެރީންނެވެ. رَسُوْل ﷲ ﷺ ގެ މަޖްލިސްއަށް އެމީހުން އައިސް، [ކަލޭގެފާނީ رَسُوْل އާ ކަމަށް އަހުރެމެން ހެކިވަމެވެ.] މިހެން ބުނާ ބުނުމަކީ އެމީހުން ދުލުކޮޅުން ބުނާ ބުނުމެއް ކަމުގައި ﷲ ހެކިވެވޮޑިގަންނަވަނީއެވެ. އެއީ مُؤْمِن ންގެ ކަނޑިތަކުން ސަލާމަތްވާން ވެގެން ހަދާ ބޮޑު ރޯ ބުހުތާން ދޮގެވެ. އެމީހުންނަކީ އެތެރެފުށުން އީމާންވެގެންވާ ބައެއް ނޫނެވެ.

  92. 63:2

    ٱتَّخَذُوٓا۟ أَيْمَـٰنَهُمْ جُنَّةً فَصَدُّوا۟ عَن سَبِيلِ ٱللَّهِ ۚ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ

    ʹIttakhaẓooo ʹaymaanahum junnatañ faṣaddoo ʻañ Sabeelil laah: ʹinnahum saaaʹa maa- kaanoo yaʻmaloon.

    އެމީހުން އެމީހުންގެ ހުވަޔާއި، ހެކި އެ ލަނީ (مُؤْمِن ންގެ ކަނޑިތަކުން ސަލާމަތްވާ) އައްޑަނައެއް ކަމުގައެވެ. ފަހެ އެގޮތުން އެމީހުން ﷲ ގެ މަގު ބަންދުކުރަނީއެވެ. ހަމަކަށަވަރުން އެމީހުން ކުރަމުން އެ ދާ ކަންތަކަކީ ހާދަހާވެސް ނުބައި ކަންކަމެވެ.

  93. 63:3

    ذَٰلِكَ بِأَنَّهُمْ ءَامَنُوا۟ ثُمَّ كَفَرُوا۟ فَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ

    Ẓaalika biʹannahum ʹaamanoo s̤umma kafaroo faṭubiʻa ʻalaa q̣uloobihim fahum laa- yafq̣ahoon.

    އެއީ، އެބަހީ އެމީހުން އެ ދޮގުހަދައި، އަދި ނުބައި عَمَل ތައް ކުރަމުން އެ ދަނީ އެމީހުން ހަމަކަށަވަރުން އީމާންވެ، ދެން ކާފަރުވީ ކަމުގެ ސަބަބުންނެވެ. ދެންފަހެ އެމީހުންގެ ހިތްތަކުގައި ﷲ ސިއްކަޖައްސަވައި، ބަންދުކުރެއްވީއެވެ. އެހެންވީމާ އެމީހުންނަކަށް ނުވިސްނޭނެއެވެ.

  94. 63:4

    ۞ وَإِذَا رَأَيْتَهُمْ تُعْجِبُكَ أَجْسَامُهُمْ ۖ وَإِن يَقُولُوا۟ تَسْمَعْ لِقَوْلِهِمْ ۖ كَأَنَّهُمْ خُشُبٌ مُّسَنَّدَةٌ ۖ يَحْسَبُونَ كُلَّ صَيْحَةٍ عَلَيْهِمْ ۚ هُمُ ٱلْعَدُوُّ فَٱحْذَرْهُمْ ۚ قَـٰتَلَهُمُ ٱللَّهُ ۖ أَنَّىٰ يُؤْفَكُونَ

    Wa-ʹiẓaa raʹaytahum tuʻjibuka ʹajsaamuhum; wa-ʹiñy yaq̣ooloo tasmaʻ liq̣awlihim: Kaʹannahum khushubum musannadah. Yaḥsaboona kulla ṣayḥatin ʻalayhim. Humul ʻaduwwu faḥẓarhum. Q̣aatalahumul laah! ʹAnnaa yuʹfakoon!

    (އަދި އޭ رَسُوْل ﷲ އެވެ!) ކަލޭގެފާނަށް އެމީހުން ފެނިއްޖެއްޔާ އެމީހުންގެ ހަށިތަކުގެ ރީތިކަމުގެ ސަބަބުން ކަލޭގެފާނު عَجائِب ކުރުވާނެއެވެ. އަދި އެމީހުން ވާހަކަދައްކަންޏާ ކަލޭގެފާނު އައްސަވާނެއެވެ. (ކަލޭގެފާނަށް ހީފުޅުވާނީ އެއީ ހަމަ حَقّ ތެދު ވާހަކަ ކަމަށެވެ. ނަމަވެސް އެއީ ހަމަ ދޮގެވެ.) އެމީހުން ކޮންފަދަ ހެއްޔެވެ؟ އެމީހުންނެކޭ ފާރެއްގައި ލައްކޮށްލާފައިވާ ލަކުޑިގަނޑެކޭ ހަމަ އެއްފަދައެވެ. ކޮންމެ އަޑެއް އިވުނަސް އެމީހުންނަށް ހީވާނީ އެއީ ހަމަ އެމީހުންގެ މައްޗަށް އަންނަ އަޑެއް ކަމަށެވެ. (އެއީ އެމީހުންގެ ފިނޑިކަމުންނެވެ.) އެއީ ކަނޑައެޅިގެން عَدُوّ ން ނެވެ. ﷲ އެމީހުން ހަލާކު ކުރައްވާށިއެވެ! لَعْنَة ލައްވާށިއެވެ! އަދި އެމީހުން حَقّ މަގާދުރުވެ، ދޮގުތައް ހަދަނީ ކޮންފަދައަކުން ހެއްޔެވެ؟ ދޮގުހެދޭނީ ކޮންފަދައަކުން ހެއްޔެވެ؟

  95. 63:5

    وَإِذَا قِيلَ لَهُمْ تَعَالَوْا۟ يَسْتَغْفِرْ لَكُمْ رَسُولُ ٱللَّهِ لَوَّوْا۟ رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ

    Wa-ʹiẓaa q̣eela lahum taʻaalaw yastag̣fir lakum Rasoolul laahi lawwaw ruʹoosahum wa-raʹaytahum yaṣuddoona wa-hum mustakbiroon.

    ،(6) އަދި [ކަލޭމެންގެ ފާފަ ފުއްސެވުން އެދި دُعَاء ކޮށްދިނުމަށް އެދި ދަންނަވާން رَسُوْل ﷲ ﷺ ގެއަރިހަށް ކަލޭމެން އަންނާށޭ] މިހެން އެ مُنافِق ންނާ ދިމާއަށް ބުނެވިއްޖެއްޔާ އެމީހުންގެ ބޯތައް އަނެއް ފަރާތަށް އަނބުރައިލާނެއެވެ. އަދި [އެމީހުން كِبْر ވެރިވެގެންވާ حال، ފުރަގަސްދޭތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ.] ފަހެ އެމީހުންގެ ފާފަފުއްސެވުމަށް ކަލޭގެފާނު دُعاء ކުރެއްވިޔަސް، އަދި ނުވަތަ އެމީހުންނަށް ފާފަފުއްސެވުމަށް دُعاء ނުކުރެއްވިޔަސް ހަމަހަމައެވެ. އެމީހުންނަށް ﷲ ފާފަނުފުއްސަވާ ހުއްޓެވެ. فاسِق ވެ، ނުކިޔަމަންތެރިވެއްޖެ ބަޔަކަށް ހަމަކަށަވަރުން ﷲ ތެދުމަގު ނުދައްކަވައެވެ.

  96. 63:6

    سَوَآءٌ عَلَيْهِمْ أَسْتَغْفَرْتَ لَهُمْ أَمْ لَمْ تَسْتَغْفِرْ لَهُمْ لَن يَغْفِرَ ٱللَّهُ لَهُمْ ۚ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ

    Sawaaaʹun ʻalayhim ʹastag̣farta lahum ʹam lam tastag̣fir lahum. Lañy yag̣firal laahu lahum. ʹInnal laaha laa- yahdil q̣awmal faasiq̣een.

    ،(6) އަދި [ކަލޭމެންގެ ފާފަ ފުއްސެވުން އެދި دُعَاء ކޮށްދިނުމަށް އެދި ދަންނަވާން رَسُوْل ﷲ ﷺ ގެއަރިހަށް ކަލޭމެން އަންނާށޭ] މިހެން އެ مُنافِق ންނާ ދިމާއަށް ބުނެވިއްޖެއްޔާ އެމީހުންގެ ބޯތައް އަނެއް ފަރާތަށް އަނބުރައިލާނެއެވެ. އަދި [އެމީހުން كِبْر ވެރިވެގެންވާ حال، ފުރަގަސްދޭތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ.] ފަހެ އެމީހުންގެ ފާފަފުއްސެވުމަށް ކަލޭގެފާނު دُعاء ކުރެއްވިޔަސް، އަދި ނުވަތަ އެމީހުންނަށް ފާފަފުއްސެވުމަށް دُعاء ނުކުރެއްވިޔަސް ހަމަހަމައެވެ. އެމީހުންނަށް ﷲ ފާފަނުފުއްސަވާ ހުއްޓެވެ. فاسِق ވެ، ނުކިޔަމަންތެރިވެއްޖެ ބަޔަކަށް ހަމަކަށަވަރުން ﷲ ތެދުމަގު ނުދައްކަވައެވެ.

  97. 63:7

    هُمُ ٱلَّذِينَ يَقُولُونَ لَا تُنفِقُوا۟ عَلَىٰ مَنْ عِندَ رَسُولِ ٱللَّهِ حَتَّىٰ يَنفَضُّوا۟ ۗ وَلِلَّهِ خَزَآئِنُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلَـٰكِنَّ ٱلْمُنَـٰفِقِينَ لَا يَفْقَهُونَ

    Humul laẓeena yaq̣ooloona laa- tuñfiq̣oo ʻalaa man ʻiñda Rasoolil laahi ḥattaa yañfaḍḍoo. Wa-lillaahi khazaaaʹinus samaawaati wal-ʹarḍi walaakinnal Munaafiq̣eena laa- yafq̣ahoon.

    އެމީހުންނަކީ، އެބަހީ އެ مُنافِق ންނަކީ "رَسُوْل ﷲ ﷺ ގެ އަރިހުގައިވާ މީހުންނަށް ކަލޭމެން ހޭދަ ނުކުރާށޭ" މިހެން ބުނާ މީހުންނެވެ. އެއީ އެމީހުން އެކަލޭގެފާނު ދޫކޮށް، މުޅީން ދުރަށް ދާނދެނެވެ. އެކަމަކު، އުޑުތަކާއި، ބިމުގެ خَزانَة ތައް ވަނީ ހަމައެކަނި ﷲ އަށް މިލްކުވެ، خاصّ ވެގެންނެވެ. ނަމަވެސް مُنافِق ންނަކަށް އެކަމެއް ނުވިސްނެއެވެ.\nނޯޓް: މި އާޔަތުގައި رَسُوْل ﷲ ﷺ ގެ އަރިހުގައިވާ މީހުންނޭ އޮތް ބަސްފުޅުން މުރާދުވަނީ مُهاجِرِيّ ބޭކަލުންކުރެ فَقِير ބޭކަލުންނެވެ. = فَتْحُ الْقَدِير =

  98. 63:8

    يَقُولُونَ لَئِن رَّجَعْنَآ إِلَى ٱلْمَدِينَةِ لَيُخْرِجَنَّ ٱلْأَعَزُّ مِنْهَا ٱلْأَذَلَّ ۚ وَلِلَّهِ ٱلْعِزَّةُ وَلِرَسُولِهِۦ وَلِلْمُؤْمِنِينَ وَلَـٰكِنَّ ٱلْمُنَـٰفِقِينَ لَا يَعْلَمُونَ

    Yaq̣ooloona laʹir rajaʻnaaa ʹilal Madeenati layukhrijannal ʹaʻazzu minhal ʹaẓall. Wa-lillaahil ʻizzatu wa-li-Rasoolihee wa-lil-Muʹmineena walaakinnal Munaafiq̣eena laa- yaʻlamoon.

    އެމީހުންނަކީ- އެބަހީ مُنَافِقންނަކީ މިހެންވެސް ބުނާ މީހުންނެވެ. އަހުރެމެން ހަނގުރާމައިން އެބުރި مدينة އަށް ދެވިއްޖެއްޔާ އެތާނގައި ތިބި عِزَّة ތެރި މާތް މީހުންވެގެން އެތާނގައި ތިބި ދެރަ ނިކަމެތިން އެތަނުން ނިކަންހުރެ ނެރެލާހުށީމެވެ. (މިފަދަ ބަސްތައް ބުނީ مُنَافِق ންގެ رَئِيْس عَبْدُاللَّهِ بْنُ أُبَيُّ بْنُ سَلُوْلُ އެވެ. عِزَّة ތެރިން ކަމުގައި އެނާ މުރާދު ކުރީ އޭނާޔާ އެނާގެ އެކުވެރިންނެވެ. އަދި ދެރަ ނިކަމެތިންކަމުގައި އޭނާ މުރާދުކުރަނީ رَسُوْلُ ﷲ ﷺ އާ އެކަލޭގެފާނުގެ އަރިހުގައި ވާ مُؤْمِن ންނެވެ. ފަހެ اللَّهُ سُبْحَانَهُ وَتَعَالَى އޭނާގެ މިބަހަށް ރައްދުކުރައްވައި އެއަންގަވަނީ މިފަދައިންނެވެ. (عِزَّة ތެރިކަމާ މާތްކަން ވަނީ ހަމައެކަނި اللَّهُ އަށާއި އެކަލާނގެ رَسُوْل އަށާއި އަދި مُؤْمِن ންނަށެވެ. އެހެން ބަޔަކަށްނޫނެވެ. އެކަމަކު مُنَافِق ންނަކަށް އެގޮތެއް ނޭގެއެވެ.

  99. 63:9

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُلْهِكُمْ أَمْوَٰلُكُمْ وَلَآ أَوْلَـٰدُكُمْ عَن ذِكْرِ ٱللَّهِ ۚ وَمَن يَفْعَلْ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ

    Yaaaʹayyuhal laẓeena ʹaamanoo laa- tulhikum ʹamwaalukum wa-laaa ʹawlaadukum ʻañ-Ẓik ril laah. Wa-mañy yafʻal ẓaalika faʹulaaaʹika humul khaasiroon.

    އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެ މުދަލާ އަދި ކަލޭމެންގެ ދަރިންގެ ސަބަބުން - އެތަކެއްޗާއި ހެދި - اللَّهُ ގެ ذِكْر ން ކަލޭމެން غَافِل ކޮށް ހަނދާންނައްތައި ލިޔަ ނުދޭށެވެ! ފަހެ އެހެން ހަދައިފި މީހުން ދަންނައެވެ. އެއީ ކަނޑައެޅިގެން ގެއްލި ހަލާކުވެއްޖެ ބައެކެވެ.

  100. 63:10

    وَأَنفِقُوا۟ مِن مَّا رَزَقْنَـٰكُم مِّن قَبْلِ أَن يَأْتِىَ أَحَدَكُمُ ٱلْمَوْتُ فَيَقُولَ رَبِّ لَوْلَآ أَخَّرْتَنِىٓ إِلَىٰٓ أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُن مِّنَ ٱلصَّـٰلِحِينَ

    Wa-ʹañfiq̣oo mim maa razaq̣naakum miñ q̣abli ʹañy yaʹtiya ʹaḥadakumul Mawtu fayaq̣oola Rabbi Law-laaa ʹakhkhartaneee ʹilaaa ʹajaliñ q̣areebiñ faʹaṣṣaddaq̣a wa-ʹakum minaṣ Ṣaaliḥeen.

    އަދި ތިމަންރަސްކަލާނގެ ކަލޭމެންނަށް ދެއްވައިފައިވާ ތަކެތިން ކަލޭމެން ހޭދަކުރާށެވެ! އެއީ ކަލޭމެންކުރެ މީހަކު ކައިރިއަށް މަރު އައިސް މިފަދައިން އެމީހާ ދެންނެވުމުގެ ކުރިންނެވެ. އޭ އަޅުގެ رَبّ އެވެ. ކުޑަ ވަގުތުކޮޅަކަށް މިއަޅާ ލަސްކޮށްލައްވާނެ ނަމައެވެ. އޭރުން މި އަޅާ صَدَقَاة ދީ އަދި صَالِح މީހުންގެ ތެރެއިން ވާހުށީމެވެ. މިހެން ދެންނެވުމުގެ ކުރިންނެވެ.

  101. 63:11

    وَلَن يُؤَخِّرَ ٱللَّهُ نَفْسًا إِذَا جَآءَ أَجَلُهَا ۚ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ

    Wa-lañy yuʹakhkhiral laahu nafsan ʹiẓaa jaaaʹa ʹajaluhaa; Wallaahu khabeerum bimaa taʻmaloon.

    ފަހެ އެއްވެސް نَفْس އެއް އެ نَفْس އެއްގެ ވަގުތުޖެހުމުން ދެން اللَّهُ ލަސްނުކުރައްވާ ހުއްޓެވެ. އަދި اللَّهُ ކަލޭމެން ކުރާހާ ކަމެއްގެ خَبَر މޮޅަށް ދެނެވޮޑިގެންވެއެވެ.

  102. Surah At-TaghabunBegins here at 64:1

  103. 64:1

    يُسَبِّحُ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ لَهُ ٱلْمُلْكُ وَلَهُ ٱلْحَمْدُ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

    Yusabbiḥu lillaahi maa- fis samaawaati wa-maa fil ʹarḍ. Lahul Mulku wa-lahul Ḥamd; wa-Huwa ʻalaa kulli shayʹiñ Q̣adeer.

    އުޑުތަކާއި ބިމުގައިވާހާ ތަކެތި اللَّهُ އަށް تَسْبِيْح ކިޔައެވެ. އެކަލާ ނގެ ހުސް طَاهِر ވަންތަކުރެއެވެ. އެންމެހާ ތަކެތީގެ مِلْك ވެރިޔަކީ އެކަލާނގެއެވެ. އެކަލާނގެ އެދިވޮޑިގެންނެވި ގޮތަކަށް އެތަކެތީގެ تَصَرُّفُ ހިންގަވައެވެ. އަދި އެންމެހާ حَمْدُ އާއި تَعْرِيْف އެއްހުރީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެ ކޮންމެ ކަމަކަށް ކުޅަދުންވަންތަވެވޮޑިގެންވެއެވެ.

  104. 64:2

    هُوَ ٱلَّذِى خَلَقَكُمْ فَمِنكُمْ كَافِرٌ وَمِنكُم مُّؤْمِنٌ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ

    Huwal laẓee khalaq̣akum famiñkum kaafiruñw wamiñkum Muʹmin. Wallaahu bimaa taʻmaloona Baṣeer.

    (އޭ އެންމެހައި މީސްތަކުންނޭވެ!) ކަލޭމެން ހެއްދެވީ އެކަލާނގެއެވެ. ކަލޭމެންގެ ތެރެއިން ކާފަރުން ވެއެވެ. އަދި مُؤْمِن ންވެސް ކަލޭމެންގެ ތެރެއިން ވެއެވެ. އަދި ކަލޭމެން ކުރާހާ ކަމަކަށް اللَّهُ ބައްލަވާވޮޑިގެންވެއެވެ.

  105. 64:3

    خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ ۖ وَإِلَيْهِ ٱلْمَصِيرُ

    Khalaq̣as samaawaati wal-ʹarḍa bilḥaq̣q̣i wa-ṣawwarakum faʹaḥsana ṣuwarakum, wa-ʹilayhil Maṣeer.

    އުޑުތަކާއި ބިން އެކަލާނގެ حَقّ ގޮތުގައި ހެއްދެވިއެވެ. އަދި އެކަލާނގެ ކަލޭމެން ސޫރަކުރެއްވިއެވެ. އަދި ކަލޭމެންގެ ސޫރަ ރިވެތި ކުރައްވައި ރަނގަޅު ކުރެއްވިއެވެ. އަދި އެނބުރި ދިޔުންވަނީ އެކަލާނގެ حَضْرَة އަށެވެ.

  106. 64:4

    يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَيَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ ۚ وَٱللَّهُ عَلِيمٌۢ بِذَاتِ ٱلصُّدُورِ

    Yaʻlamu maa- fis samaawaati wal-ʹarḍi wayaʻlamu maa- tusirroona wa-maa tuʻlinoon; wallaahu ʻAleemum biẓaatiṣ ṣudoor.

    އުޑުތަކާއި ބިމުގައި ވާހާ ތަކެތި އެކަލާ ނގެ ދެނެވޮޑިގެންވެއެވެ. އަދި ކަލޭމެން ސިއްރުކުރާ ކަންތަކާއި އަދި ކަލޭމެން ފާޅުކުރާ ކަންތައްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ހިތްތަކުގައި ފޮރުވިފައިވާ ތަކެތިވެސް اللَّهُ ދެނެވޮޑިގެންވެއެވެ.

  107. 64:5

    أَلَمْ يَأْتِكُمْ نَبَؤُا۟ ٱلَّذِينَ كَفَرُوا۟ مِن قَبْلُ فَذَاقُوا۟ وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ

    ʹAlam yaʹtikum nabaʹul laẓeena kafaroo miñ q̣abl? Faẓaaq̣oo wa-baala ʹamrihim wa-lahum ʻaẓaabun ʹaleem.

    (އޭ މިތިބަ ކާފަރުވެއްޖެ މީސްތަކުންނޭވެ.) މީގެ ކުރިން އިސްވެ ދިޔަ ކާފަރުންގެ خَبَر ތައް ކަލޭމެންގެ ގާތަށް ނާދޭ ހެއްޔެވެ؟ (نُوْح قَوْم ފަދަ عَادُ قَوْم ފަދަ ثَمُوْد قَوْم ފަދަ ކާފަރުވީ قَوْم ތަކުގެ خَبَر ނާދޭ ހެއްޔެވެ؟ އިވިފައި ނުވޭ ހެއްޔެވެ؟) އެމީހުންވެސް އެމީހުން ކުރި ނުބައި ކަންތަކުގެ ސަބަބުން އައި عَذَاب ގެ ރަހަ ލިބި ގަތެވެ. އަދި آخِرَة ގައި އެމީހުންނަށް ހުރީ ވޭންދެނިވި عَذَاب އެވެ

  108. 64:6

    ذَٰلِكَ بِأَنَّهُۥ كَانَت تَّأْتِيهِمْ رُسُلُهُم بِٱلْبَيِّنَـٰتِ فَقَالُوٓا۟ أَبَشَرٌ يَهْدُونَنَا فَكَفَرُوا۟ وَتَوَلَّوا۟ ۚ وَّٱسْتَغْنَى ٱللَّهُ ۚ وَٱللَّهُ غَنِىٌّ حَمِيدٌ

    Ẓaalika biʹannahoo kaanat taʹteehim rusuluhum̃ bil-Bayyinaati faq̣aalooo ʹa-basharuñy yahdoonanaa? Fakafaroo wa-tawallaw wastag̣nal laah: wallaahu G̣aniyyun Ḥameed.

    އެހެން އެވީ، އެބަހީ އެ عَذَاب އެމީހުންނަށް حَقّ ވީ އެމީހުންގެ ގާތަށް އެމީހުންގެ رَسُوْل ބޭކަލުން ބަޔާންވެގެންވާ دَلِيْل ތަކާއި مُعْجِزة އާއިގެން ވަޑައިގެންނެވުމުން އެކާފަރުންގެ މީހުން އެ رَسُوْل ބޭކަލުންނާ ދިމާއަށް (މަލާމަތްކޮށްފައި ބުނީ) އަހުރެމެންނަށް ތެދުމަގު ދައްކާނީ آدَم ގެ ދަރިއެއް ހެއްޔެވެ؟ ދެންފަހެ އެބައި މީހުން އެކަލާނގެ رَسُوْل ބޭކަލުން ދޮގުކޮށް ކާފަރުވީއެވެ. އަދި ފުރަގަސް ދިނީއެވެ. އަދި اللَّهُ އެމީހުންގެ إِيْمَان ކަމާއި އަޅުކަމާއި ނުލައި ފުދިވޮޑިގެންފިއެވެ. އަދި اللَّهُ އީ (އަމިއްލަ ذَات ފުޅާއިގެން) ފުދިވޮޑިގެންވާ حَمْدُ ލިބިވޮޑިގެންވާ ކަލާނގެއެވެ.

  109. 64:7

    زَعَمَ ٱلَّذِينَ كَفَرُوٓا۟ أَن لَّن يُبْعَثُوا۟ ۚ قُلْ بَلَىٰ وَرَبِّى لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ ۚ وَذَٰلِكَ عَلَى ٱللَّهِ يَسِيرٌ

    Zaʻamal laẓeena kafarooo ʹal lañy yubʻas̤oo. Q̣ul balaa wa-Rabbee latubʻas̤unna s̤umma latunabbaʹunna bimaa ʻamiltum. Wa-ẓaalika ʻalal laahi yaseer.

    ކާފަރުވީ މީސްތަކުން ހީކޮށްފައި ބުނެއެވެ. އެމީހުން މަރުވުމަށްފަހު އަލުން ދިރިގެން مَحْشَر އަށް ނުފޮނުވޭނެއެވެ. އެމީހުން އެހެން ހީކުރެއެވެ. އޭ رَسُوْل ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. ތިމަންކަލޭގެފާނުގެ رَبّ ގަންދީ ހުވައިކޮށްފައި ބުނަމެވެ. ހަމަކަށަވަރުން يَقِيْن ންވެސް ކަލޭމެން މަރުވުމަށްފަހު مَحْشَر އަށް ފޮނުއްވޭނެއެވެ. ދެން ތިޔަބައިމީހުން ދުނިޔޭގައި ކޮށްފައިވާ ކަންތަކުގެ خَبَر ކަލޭމެންނަށް ދެވޭނެއެވެ. (އަދި އޭގެ ފުރިހަމަ جَزَاء ވެސް ދެއްވާނެއެވެ.) އެއީ އެކަލާނގެ އަށް ދާދި ފަސޭހަކަމެކެވެ.

  110. 64:8

    فَـَٔامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلنُّورِ ٱلَّذِىٓ أَنزَلْنَا ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ

    Faʹaaminoo billaahi wa-Rasoolihee wan-Nooril laẓeee ʹañzalnaa. Wallaahu bimaa taʻmaloona khabeer.

    ފަހެ އެހެންވެ ކަލޭމެން اللَّهُ އަށާއި އެކަލާނގެ رَسُوْل އާ އަށާ އަދި ތިމަންރަސްކަލާނގެ ބާވައިލެއްވި نُوْر ކަމުގައިވާ ކީރިތި قُرْآن އަށް إِيْمَان ވާށެވެ. އަދި اللَّهُ ކަލޭމެން ކުރާހާ ކަމެއްގެ خَبَر މޮޅަށް ދެނެވޮޑިގެންވެއެވެ. (އޭގެ جَزَاء ދެއްވާނެއެވެ.)

  111. 64:9

    يَوْمَ يَجْمَعُكُمْ لِيَوْمِ ٱلْجَمْعِ ۖ ذَٰلِكَ يَوْمُ ٱلتَّغَابُنِ ۗ وَمَن يُؤْمِنۢ بِٱللَّهِ وَيَعْمَلْ صَـٰلِحًا يُكَفِّرْ عَنْهُ سَيِّـَٔاتِهِۦ وَيُدْخِلْهُ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ

    Yawma yajmaʻukum li-Yawmil Jamʻi ẓaalika Yawmut TAG̣AABUN. Wa-mañy yuʹmim billaahi wa-yaʻmal ṣaaliḥañy yukaffir ʻanhu sayyiʹaatihee wa-yudkhilhu Jannaatiñ tajree miñ taḥtihal ʹanhaaru khaalideena feehaaa ʹabadaa: ẓaalikal fawzul ʻaz̤̣eem.

    އެންމެހާ މީސްތަކުން އެއްކުރައްވާ ދުވަހު ކަލޭމެންވެސް އެއްކުރައްވާ جَمَع ކުރައްވާނެކަން ހަނދާން ކުރާށެވެ. އެއީ تَغَابُن އެވެ ކިޔުނު قِيَامَة ދުވަހެވެ. (އެއީ ނުކިޔަމަންތެރިވި މީސްތަކުންނަށް ގެއްލުމާއި ހަލާކު - އަދި ކިޔަމަންތެރިވީ މީސްތަކުންނަށް ފައިދާ އާއި كَامِيَاب ހުރި ދުވަހެވެ.) އަދި اللَّهُ އަށް އީމާންވެ صَالِح عَمَل ކުރި މީހާ ދަންނައެވެ. ހަމަކަށަވަރުން އެމީހާގެ ކުށްފާފަތައް ތިމަންރަސްކަލާގެ ފުއްސަވައި - އަދި އެތަންތާގެ ދަށުން އާރުތައް ދެމިދެމި އޮންނަ ސުވަރުގެ ތަކަކަށް ތިމަންރަސްކަލާނގެ އެމީހާ ވައްދަވާ ހުށީމެވެ. އެފަދަ މީހުން އެތާ އަބަދު ދެމިތިބޭނެއެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.

  112. 64:10

    وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ خَـٰلِدِينَ فِيهَا ۖ وَبِئْسَ ٱلْمَصِيرُ

    Wallaẓeena kafaroo wa-kaẓẓaboo biʹAayaatinaaa ʹulaaaʹika ʹAṣḥaabun Naari khaalideena feehaa: wa-biʹsal Maṣeer.

    އަދި ކާފަރުވެ ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުން ދަންނައެވެ. އެމީހުންނަކީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން އެތާ ދެމިތިބޭނެއެވެ. އެއީ އެނބުރި ދިޔުން ނުބައިވެގެންވާ ތަނެކެވެ.

  113. 64:11

    مَآ أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ ٱللَّهِ ۗ وَمَن يُؤْمِنۢ بِٱللَّهِ يَهْدِ قَلْبَهُۥ ۚ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ

    ʹaṣaaba Maaa mim muṣeebatin ʹillaa biʹiẓnil laah. Wa-mañy yuʹmim billaahi yahdi q̣albah; wallaahu bikulli shayʹin ʻAleem.

    އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އުދަގުލެއް مُصِيْبَة އެއް اللَّهُ ގެ إِذْن ފުޅާއި ލައިގެން މެނުވީ ނުޖެހެއެވެ. (އެއީ اللَّهُ ގެ قَضَا قَدَرُ ގައި ނިމިފައިވާ ކަންކަމެވެ.) އަދި އެކަންކަމަކީ އެފަދައިން ހިނގާ ކަންތައްކަން ދަނެ اللَّهُ އަށް إِيْمَان ވެ ތެދުކޮށްފި މީހާދަންނައެވެ. އެކަލާނގެ އެމީހާގެ ހިތަށް ކެތްތެރިވެ قَضَا قَدَرُ އަށް ރުހުމުގެ މަގުދައްކަވާ އެކަމަށް تَوْفِيْق ދެއްވައެވެ. އަދި اللَّهُ އީ ހުރިހާ ކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.

  114. 64:12

    وَأَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ ۚ فَإِن تَوَلَّيْتُمْ فَإِنَّمَا عَلَىٰ رَسُولِنَا ٱلْبَلَـٰغُ ٱلْمُبِينُ

    Wa-ʹaṭeeʻul laaha wa-ʹaṭeeʻur Rasool: faʹiñ tawallaytum faʹinnamaa ʻalaa Rasoolinal Balaag̣ul mubeen.

    އަދި ކަލޭމެން اللَّهُ އަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން رَسُوْل އާ އަށް ކިޔަމަންވާށެވެ! އަދި ކަލޭމެން ކިޔަމަންތެރިނުވެ އެބުރި ފުރަގަސް ދިނަސް (رَسُوْل އާގެ މައްޗަށް އެއްވެސް ކުށެއް ނެތެވެ. ފަރުވާލެއްނެތެވެ.) އެހެނީ ހަމަކަށަވަރުން رَسُوْل އާގެ މައްޗަށް އޮތީ بَيَان ވެގެންވާފަދައިން އިއްވައިދިނުމެވެ.

  115. 64:13

    ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ

    ʹAllaahu Laaa ʹilaaha ʹillaa Hoo! Wa-ʻalal laahi falyatawakkalil Muʹminoon.

    اللَّهُ އެއީ އެކަލާނގެ ފިޔަވައި حَقّ އެހެން އެއްވެސް إِلٰه އަކު ނުވާ އެއްކައުވަންތަ ކަލާނގެއެވެ. އަދި مُؤْمِن ންގެ މައްޗަށް وَاجِب ވެގެންވަނީ ހަމައެކަނި اللَّهُ އަށް وَكِيْل ކޮށް އިތުބާރު ކުރުމެވެ. ބަރޯސާ ކުރުމެވެ.

  116. 64:14

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ مِنْ أَزْوَٰجِكُمْ وَأَوْلَـٰدِكُمْ عَدُوًّا لَّكُمْ فَٱحْذَرُوهُمْ ۚ وَإِن تَعْفُوا۟ وَتَصْفَحُوا۟ وَتَغْفِرُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ

    Yaaaʹayyuhal laẓeena ʹaamanooo ʹinna min ʹazwaajikum wa-ʹawlaadikum ʻaduwwal lakum faḥẓaroohum! Wa-ʹiñ taʻfoo wa-taṣfaḥoo wa-tag̣firoo faʹinnal laaha G̣afoorur Raḥeem.

    އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ކަލޭމެންގެ އަނބީންނާއި ކަލޭމެންގެ ދަރީންގެ ތެރޭގައި ކަލޭމެންނަށްވާ عَدُوّ ން ވެއެވެ. ފަހެ އެބައިމީހުންނާ މެދު ރައްކާތެރިވާށެވެ!ހުޝިޔާރު ވާށެވެ! އަދި ކަލޭމެން އެމީހުންނަށް مَعَاف ކޮށް އެމީހުންގެ ކުށާއިމެދު އަޅައި ނުލައި ދޫކޮށްލައިފިއްޔާ (އެފަދަ ހެޔޮބަދަލު اللَّهُ ވެސް ކަލޭމެންނަށް ދެއްވާނެއެވެ.) ފަހެ ހަމަކަށަވަރުން اللَّهُ އީ ގިނަގިނައިން ފާފަ ފުއްސަވާ، رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  117. 64:15

    إِنَّمَآ أَمْوَٰلُكُمْ وَأَوْلَـٰدُكُمْ فِتْنَةٌ ۚ وَٱللَّهُ عِندَهُۥٓ أَجْرٌ عَظِيمٌ

    ʹInnamaaa ʹamwaalukum wa-ʹawlaadukum fitnah: wallaahu ʻiñdahooo ʹAjrun ʻaz̤̣eem.

    ހަމަކަށަވަރުން ކަލޭމެންގެ މުދަލާއި ދަރީންނަކީ فِتْنَة އެކެވެ. إِمْتِحَان އެކެވެ. ކަލޭމެންގެ ގޮތް ބެއްލެވުމެކެވެ. އަދި اللَّهُ ގެ حَضْرَة ގައިވާ ثَوَاب އާއި ދަރުމަ މާ ހެޔޮވެގެންވެއެވެ. ބޮޑުވެގެންވާ ދަރުމަ އޮތީ އެކަލާނގެ حَضْرَة ގައެވެ. (އެއީ މުދަލާއި ދަރީންގެ ސަބަބުން اللَّهُ އަށް ނުއުރެދި ކިޔަމަންތެރިވީ މީހުންނަށެވެ.)

  118. 64:16

    فَٱتَّقُوا۟ ٱللَّهَ مَا ٱسْتَطَعْتُمْ وَٱسْمَعُوا۟ وَأَطِيعُوا۟ وَأَنفِقُوا۟ خَيْرًا لِّأَنفُسِكُمْ ۗ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ

    Fattaq̣ul laaha mas taṭaʻtum wasmaʻoo wa-ʹaṭeeʻoo wa-ʹañfiq̣oo khayralli ʹañfusikum. Wa-mañy yooq̣a shuḥḥa nafsihee faʹulaaaʹika humul Mufliḥoon.

    ކަލޭމެން اللَّهُ އަށް تَقْوَى ވެރިވާށެވެ. އެކަލާނގެ حَضْرَة އަށް ބިރުވެތިވާށެވެ! އެއީ ކަލޭމެންނަށް ކުޅަދާނަވީވަރަކަށެވެ. އަދި ކަލޭމެންނަށް ކުރެވޭ أَمْر ތައް އަހާށެވެ! އަދި أَمْر ތަކަށް ކިޔަމަންތެރިވާށެވެ! އަދި އެކަލާނގެ ދެއްވާފައިވާ މުދަލުން ހެޔޮކަންތައްތަކަށް ހޭދަކުރާށެވެ! އެއީ ހައްތާވެސް ކަލޭމެންގެ نَفْس ތަކަށްވާ ހެވެވެ. އެބަހީ ހެޔޮކަންތަކަށް ހޭދަކުރުމީ ކަލޭމެންނަށްވާ ހެވެވެ. އަދި ތިމާގެ نَفْس ގެ ދަހިވެތިކަމުން ސަލާމަތްވެވިއްޖެ މީހުން ދަންނައެވެ! ފަހެ كَامِيَاب ވެ ނަސީބުވެރިވާނޭ މީހުންނަކީ އެއީއެވެ.

  119. 64:17

    إِن تُقْرِضُوا۟ ٱللَّهَ قَرْضًا حَسَنًا يُضَـٰعِفْهُ لَكُمْ وَيَغْفِرْ لَكُمْ ۚ وَٱللَّهُ شَكُورٌ حَلِيمٌ

    ʹIñ tuq̣riḍul laaha Q̣arḍan Ḥasanañy yuḍaaʻifhu lakum wa-yag̣fir lakum: wallaahu Shakoorun Ḥaleem,―

    ހެޔޮ ރަނގަޅުގޮތުގައި اللَّهُ އަށް ދަރަނި ދެންޏާ އެކަލާނގެ ކަލޭމެންނަށް އޭގެ ބަދަލު ގިނަކޮށްދެއްވާ ހުއްޓެވެ. އަދި އެކަލާނގެ ކަލޭމެންގެ ފާފަ ފުއްސަވާ ހުއްޓެވެ. އަދި اللَّهُ އީ ކިޔަމަންތެރިވާ އަޅުންނަށް ثَوَاب އާއި ދަރުމަ އިތުރުކޮށްދެއްވާ ކަލާނގެއެވެ. އަދި އުރެދޭ އަޅުންނަށް عُقُوْبَة އަވަސް ނުކުރައްވާ ރަސްކަލާނގެއެވެ.

  120. 64:18

    عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ٱلْعَزِيزُ ٱلْحَكِيمُ

    ʻAalimul g̣aybi washshahaadatil ʻAzeezul Ḥakeem.

    އަދި އެކަލާނގެއީ غَيْبُ ގައި ވާ ކަންތަކާއި ފައުޅުގައިވާ ކަންތައް ދެނެވޮޑިގެންވާ ގަދަފަދަވަންތަ އަދި حِكْمَة ވަންތަ ކަލާނގެއެވެ.\nދަންނައެވެ. ހެޔޮގޮތުގައި ދަރަނި ދިނުމަކީ إِخْلَاص ތެރިކަމާއެކު ހެޔޮހިތުން ތިމާގެ މުދާ اللَّهُ ގެ މަގުގައި ހޭދަކުރުމެވެ. وَاللَّهُ أَعْلَمُ

  121. Surah At-TalaqBegins here at 65:1

  122. 65:1

    يَـٰٓأَيُّهَا ٱلنَّبِىُّ إِذَا طَلَّقْتُمُ ٱلنِّسَآءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا۟ ٱلْعِدَّةَ ۖ وَٱتَّقُوا۟ ٱللَّهَ رَبَّكُمْ ۖ لَا تُخْرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّآ أَن يَأْتِينَ بِفَـٰحِشَةٍ مُّبَيِّنَةٍ ۚ وَتِلْكَ حُدُودُ ٱللَّهِ ۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدْ ظَلَمَ نَفْسَهُۥ ۚ لَا تَدْرِى لَعَلَّ ٱللَّهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًا

    Yaaaʹayyuhan Nabiyyu ʹiẓaa ṭallaq̣tumun nisaaaʹa faṭalliq̣oohunna liʻiddatihinna wa-ʹaḥṣul ʻiddah; wattaq̣ul laaha Rabbakum: laa- tukhrijoohunna mim buyootihinna wa-laa yakhrujna ʹillaaa ʹañy yaʹteena bifaaḥishatim mubayyinah. Wa-tilka ḥudoodul laah: wa-mañy yataʻadda ḥudoodal laahi faq̣ad z̤̣alama nafsah: laa- tadree laʻallal laaha yuḥdis̤u baʻda ẓaalika ʹamraa.

    އޭ ނަބިއްޔާއެވެ. (މި އާޔަތުން ނަބިއްޔާއަށް مُخَاطَب ކުރައްވާފައި އޮތަސް ބަސްފުޅުން مُرَاد ކުރެވެނީ މުޅި أُمَّة އާއިއެކުގަ އެވެ. އާޔަތުގެ سِيَاقُ ން އެކަން ރަނގަޅަށް ހާމަވެއެވެ.) ދެން އެއަންގަވަނީ، ތިޔަބައިމީހުން އަންހެނުން ވަރިކުރަންޏާ އެކަނބަލުންގެ عِدَّة ގެ ކުރީކޮޅުގައި ވަރިކުރާށެވެ. އެއީ حَيْض ން طَاهِر ވުމަށްފަހު އެކަނބަލުންނާ جِمَاعُ ނުވެ ވަރިކުރުމެވެ.) އަދި ކަލޭމެން عِدَّة ރަނގަޅަށް ހިސާބުކޮށް ބަރާބަރު ކުރާށެވެ. އަދި ކަލޭމެން اللَّهُ އަށް ބިރުވެތިވާށެވެ. އެއީ ކަލޭމެންގެ رَبّ އެވެ. (ދެންފަހެ ކަލޭމެން އެކަނބަލުން ވަރިކޮށްފިއްޔާ) އެކަނބަލުން (ފިރިމީހާގެ) ގެއިން ނުނެރޭށެވެ. އަދި އެކަނބަލުންވެސް ގެއިން ނުނިކުންނަ ހުއްޓެވެ. އެކަމަކު އެއީ އެކަނބަލުން بَيَان ވެގެންވާ فَاحِش ކަމެއް ގެނަސް ނުގަތިއްޔާއެވެ. (ފަހެ އެއީ ޒިނޭ ކުރުން ކަހަލަ - ނުވަތަ ދޫނުބައިކަމުން ގޭގައި އުޅޭ މީހުންނަށް އުދަގޫވުން ކަހަލަ ކަންކަމެވެ. ފަހެ އެފަދަ ކަމެއް ކޮށްފިއްޔާ ދެން އެކަނބަލުން ގެއިން ނެރުނަސް ކުށެއް ނެތެވެ.) އަދި އެއީ، (އެބަހީ މިއެންގެވުންތަކަކީ) اللَّهُ ގެ حَدّ ތަކެވެ. އެކަލާނގެ އިންތަކެވެ. އަދި اللَّهُ ގެ حَدّ ތައް ފަހަނައަޅައިދާ މީހާ ހަމަކަށަވަރުން އެމީހާ އެމީހާގެ نَفْس އަށް އަނިޔާވެރިވެއްޖެއެވެ. (ފަހެ އެކަނބަލުން عِدَّة ހަމަވަންދެން ފިރިމީހާގެ ގޭގައި އިނުމުން) ދެން اللَّهُ އުފައްދަވާ ކަމެއް ނިޔާކުރައްވާ ގޮތެއް ކަލޭމެނަކަށް ނޭގޭނެއެވެ. އެދުވަސްވަރު اللَّهُ ކަމެއް ނިޔާކުރައްވައިފާނެއެވެ.\nދަންނައެވެ. اللَّهُ ކަމެއް މެދުވެރި ކުރައްވާ ނިޔާކުރެއްވުމުގެ مُرَاد އެއްކަމުގައި މިތާގައި މިވަނީ عِدَّة ގެ ދުވަސްވަރު ފިރިމީހާގެ ގޭގައި ވަރިކުރި އަންހެނާ އިނުމުން ފިރިހެން މީހާ އަށް ގިނަ ވަގުތު އޭނާ ފެނި އަލުންވެސް އެދެމީހުން ދެމެދު اللَّهُ ގުޅުން އުފައްދަވައި ދެއްވައިފާނެއެވެ. ފިރިމީހާގެ ހިތަށް ލޯބިވެރިކަން ވަދެ އަލުން ދެމީހުން ގުޅޭނެގޮތް މެދުވެރި ވެދާނެއެވެ. އެގޮތް ހެޔޮވެގެންވެއެވެ. لَعَلَّ اللَّهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًا މިބަސްފުޅުން މުރާދުކުރެވެނީ އެކަންތަކެވެ. وَاللَّهُ أَعْلَمُ

  123. 65:2

    فَإِذَا بَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ فَارِقُوهُنَّ بِمَعْرُوفٍ وَأَشْهِدُوا۟ ذَوَىْ عَدْلٍ مِّنكُمْ وَأَقِيمُوا۟ ٱلشَّهَـٰدَةَ لِلَّهِ ۚ ذَٰلِكُمْ يُوعَظُ بِهِۦ مَن كَانَ يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مَخْرَجًا

    Faʹiẓaa balag̣na ʹajalahunna faʹamsikoohunna bimaʻroofin ʹaw faariq̣oohunna bimaʻroofiñw waʹashhidoo ẓaway ʻadlim miñkum wa-ʹaq̣eemush shahaadata lillaah. Ẓaalikum yooʻaz̤̣u bihee mañ kaana yuʹminu billaahi wal-Yawmil ʹAakhir. Wa-mañy yattaq̣il laaha yajʻal lahoo makhrajaa,

    ފަހެ އެކަނބަލުންގެ عِدَّة ހަމަވާން ގާތްވެއްޖެއްޔާ ރަނގަޅު ގޮތުގައި އެކަނބަލުން ހިފަހައްޓާށެވެ. (އެބަހީ އެކަނބަލުންނަށް އުނދަގޫ ކުރުމަކާއި ނުލައި އެކަނބަލުންނާއެކު އަލުންވެސް ލޯބިވެތިކަމާ مَصْلَحَة އާއެކު އުޅުމަށް އެކަނބަލުން رُجُوْع ކުރާށެވެ. އަނތްބަކަށް ހަދާށެވެ.) ނުވަތަ ރަނގަޅު ގޮތުގައި އެކަނބަލުން ދޫކޮށްލާށެވެ. އަދި އެ ދެގޮތުންކުރެ ކޮންމެ ގޮތެއްގައިވެސް ކަލޭމެން عَدْل ވެރި ދެ ހެކިން ލައި ހެކިވެރި ކުރުވާށެވެ. އަދި ހެކިވެރިން إِخْلَاص ތެރިކަމާއެކު اللَّهُ އަށްޓަކައި ހެކިބަސް قَائِم ކުރާށެވެ. އަދި اللَّهُ އަށާއި آخِرَة ދުވަހަށް إِيْمَان ވާ މީހަކަށް އެކަލާނގެ نَصِيْحَة އާއި وَعْظ ދެއްވަނީ އެފަދައިންނެވެ. އަދި اللَّهُ އަށް تَقْوَى ވެރިވެއްޖެ މީހާއަށް އެނާ އަށް ޖެހިފައިވާ އުނދަގުލާ ދަތިން ނުކުންނާނެ ކޮންމެވެސް މަގެއް اللَّهُ ލައްވާ ހުއްޓެވެ.

  124. 65:3

    وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى ٱللَّهِ فَهُوَ حَسْبُهُۥٓ ۚ إِنَّ ٱللَّهَ بَـٰلِغُ أَمْرِهِۦ ۚ قَدْ جَعَلَ ٱللَّهُ لِكُلِّ شَىْءٍ قَدْرًا

    Wa-yarzuq̣hu min hays̤u laa- yaḥtasib. Wa-mañy yatawakkal ʻalal laahi fa-Huwa ḥasbuh. ʹInnal laaha baalig̣u ʹamrih: q̣ad jaʻalal laahu likulli shayʹiñ q̣adraa.

    އަދި އޭނާ އަށް ހީވެސް ނުވާ ގޮތްގޮތުން އޭނާއަށް رِزْق ދެއްވައެވެ. އަދި اللَّهُ އަށް وَكِيْل ކޮށް ބަރޯސާކޮށްފި މީހާ ދަންނައެވެ. އެކަލާނގެ އޭނާއަށް ފުދޭނެއެވެ. ނުވަތަ އެކަލާނގެ އޭނާއަށް ފުއްދަވައިދެއްވާނެއެވެ. އެހެނީ ހަމަކަށަވަރުން اللَّهُ އެކަލާނގެ أَمْر ފުޅުތައް ހިންގަވައެވެ. تَنْفِيْذ ކުރައްވައެވެ. (އެއަކަށް އެއްވެސް މީހަކަށް ހުއްޓުމެއް ނޭރުވޭނެއެވެ.) އަދި ހަމަކަށަވަރުން اللَّهُ ކޮންމެ އެއްޗަކަށްވެސް އަދި ކޮންމެ ކަމަކަށްވެސް މިންވަރެއް ލެއްވިއެވެ. އަދި ވަގުތެއްވެސް ލެއްވިއެވެ. (އުނދަގުލަކަށްވެސް އެކަން ނިމޭނެ ވަގުތެއް ލެއްވިއެވެ. އަދި އެ އުނދަގޫ ވާނެ ވަރެއްވެސް ލެއްވިއެވެ. ފަސޭހަޔަށްވެސް ނިމޭނެ ވަގުތެއް ލެއްވިއެވެ. އަދި ފަސޭހަ ވާނެ ވަރެއްވެސް މިންވަރު ކުރެއްވިއެވެ.)

  125. 65:4

    وَٱلَّـٰٓـِٔى يَئِسْنَ مِنَ ٱلْمَحِيضِ مِن نِّسَآئِكُمْ إِنِ ٱرْتَبْتُمْ فَعِدَّتُهُنَّ ثَلَـٰثَةُ أَشْهُرٍ وَٱلَّـٰٓـِٔى لَمْ يَحِضْنَ ۚ وَأُو۟لَـٰتُ ٱلْأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ ۚ وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مِنْ أَمْرِهِۦ يُسْرًا

    Wallaaaʹee yaʹisna minal maḥeeḍi min nisaaaʹikum ʹinir tabtum faʻiddatuhunna s̤alaas̤atu ʹashhuriñw wallaaaʹee lam yaḥiḍn: wa-ʹulaatul ʹaḥmaali ʹajaluhunna ʹañy yaḍaʻna ḥamlahunn: wa-mañy yattaq̣il laaha yajʻal lahoo min ʹamrihee yusraa.

    (އޭ مُؤْمِن ންނޭވެ!) ތިޔަބައިމީހުންގެ އަންހެނުންކުރެ މުސްކުޅިވުމުގެ ސަބަބުން حَيْض ވުމާއި މެދު މުޅިން ނާއުންމީދު ވެފައިވާ އަންހެނުންގެ عِدَّة އާއިމެދު ތިޔަބައިމީހުން ޝައްކުވެއްޖެއްޔާ ދަންނައެވެ. ފަހެ އެކަނބަލުންގެ عِدَّة އަކީ ތިން މަސްދުވަހެވެ. އަދި عُمُر ޅަވުމުގެ ސަބަބުން حَيْض ވާ عُمُر އަށް ނުފޯރާ ތިބޭ އަންހެންކުދީންގެ عِدَّة އަކީވެސް ތިންމަސްދުވަހެވެ. މާބަނޑު އަންހެނުންގެ عِدَّة އަކީ އެނާގެ ވިހެއުމެވެ. ވިހެއުމުން عِدَّة ހަމަވީއެވެ. އަދި اللَّهُ ގެ އަމުރުފުޅުތަކަށް ކިޔަމަންވެ އެކަލާނގެ ނަހީ ތަކުން ދުރުވެ އެކަލާނގެ އަށް تَقْوَى ވެރިވެއްޖެ މީހާ ދަންނައެވެ. اللَّهُ އޭނާގެ ކަންތަކުގައި ފަހި ކަމާއި ފަސޭހަކަން ލައްވައެވެ.

  126. 65:5

    ذَٰلِكَ أَمْرُ ٱللَّهِ أَنزَلَهُۥٓ إِلَيْكُمْ ۚ وَمَن يَتَّقِ ٱللَّهَ يُكَفِّرْ عَنْهُ سَيِّـَٔاتِهِۦ وَيُعْظِمْ لَهُۥٓ أَجْرًا

    Ẓaalika ʹAmrul laahi ʹañzalahooo ʹilaykum: wa-mañy yattaq̣il laaha yukaffir ʻanhu sayyiʹaatihee wa-yuʻz̤̣im lahooo ʹajraa.

    މިސޫރަތުގައި އިސްވެދިޔަ ވާހަކަ ތަކަކީ ﷲ ކަލޭމެންގެ މައްޗަށް ބާވައިލައްވާފައިވާ އެކަލާނގެ أَمْر ފުޅުތަކެވެ. އެ أَمْر ފުޅުތަކަށް ކިޔަމަންތެރިވެ تَقْوَى ވެރިވެއްޖެ މީހާގެ ކުށްފާފަތައް اللَّهُ އޭނާ އަށް ފުއްސަވައިދެއްވާނެއެވެ. އަދި آخِرَة ގައި އޭނާއަށް ބޮޑުވެގެންވާ ދަރުމަ އާއި ثَوَاب ދެއްވާ ހުއްޓެވެ.

  127. 65:6

    أَسْكِنُوهُنَّ مِنْ حَيْثُ سَكَنتُم مِّن وُجْدِكُمْ وَلَا تُضَآرُّوهُنَّ لِتُضَيِّقُوا۟ عَلَيْهِنَّ ۚ وَإِن كُنَّ أُو۟لَـٰتِ حَمْلٍ فَأَنفِقُوا۟ عَلَيْهِنَّ حَتَّىٰ يَضَعْنَ حَمْلَهُنَّ ۚ فَإِنْ أَرْضَعْنَ لَكُمْ فَـَٔاتُوهُنَّ أُجُورَهُنَّ ۖ وَأْتَمِرُوا۟ بَيْنَكُم بِمَعْرُوفٍ ۖ وَإِن تَعَاسَرْتُمْ فَسَتُرْضِعُ لَهُۥٓ أُخْرَىٰ

    ʹAskinoohunna min ḥays̤u sakañtum miñw wujdikum wa-laa tuḍaaarroohunna lituḍayyiq̣oo ʻalayhinn. Wa-ʹiñ kunna ʹulaati ḥamliñ faʹañfiq̣oo ʻalayhinna ḥattaa yaḍaʻna ḥamlahunn. Faʹin ʹarḍaʻna lakum faʹaatoohunna ʹujoorahunn: waʹtamiroo baynakum̃ bimaʻroof. Wa-ʹiñ taʻaasartum fasaturḍiʻu lahooo ʹukhraa.

    رُجْعِي ވަރިން ކަލޭމެން ވަރިކުރި އަންހެން މީހާއަށް އޭނާ އިންނާނެތަން ކަލޭމެން ދޭށެވެ! އެއީ ކަލޭމެންވެސް ދިރިއުޅޭ ފެންވަރަކުންނެވެ. ކަލޭމެންގެ ތަނަވަސްކަންހުރި މިންވަރަކުންނެވެ. (އޭނާއަށް نَفَقَة ވެސް އެބަހީ ކައިބޮއި ހެދޭ މިންވަރުވެސް ދޭށެވެ. އަދި އޭނާއަށް ދަތިކުރުމަށްޓަކައި ކަލޭމެން އޭނާއަށް އުނދަގޫ ނުކުރާށެވެ. (އެއީ عِدَّة ހަމަވާން ކައިރިވީމާ رُجُوْع ކޮށްފައި އަލުންވެސް ވަރިކުރުމެވެ. އެހެން ނުހަދާށެވެ. އޭރުން އަލުންވެސް އޭނާ عِدَّة ފަށައިގެން ހަމަކުރަންޖެހޭނެއެވެ.) އަދި ވަރިކުރެވުނު އަންހެން މީހާއަކީ މާބަނޑު މީހެއްނަމަ އޭނާ ވިހާންދެން އޭނާއަށް خَرَدُ ވެސް ކުރާށެވެ. ދެންފަހެ އޭނާ ވިހައިގެން ދަރިފުޅަށް ކިރުދޭނަމަ އެކަމުގެ أُجُوْر އޭނާއަށް ދޭށެވެ. އަދި ކަލޭމެން ދެމީހުން ދެމެދު ރަނގަޅު ގޮތުގައި مَشْوَرَة ކޮށް ހަމަޖައްސާށެވެ. އަދި ދެމީހުންގެ ދެމެދު خِلَاف ވެ އެއްބަސްނުވެވި ކޮންމެ ފަރާތަކަށްވެސް އުނދަގޫވެއްޖެއްޔާ އެ ދަރިފުޅަށް އެހެންމީހަކު ލައިގެން ކިރުދޭށެވެ.

  128. 65:7

    لِيُنفِقْ ذُو سَعَةٍ مِّن سَعَتِهِۦ ۖ وَمَن قُدِرَ عَلَيْهِ رِزْقُهُۥ فَلْيُنفِقْ مِمَّآ ءَاتَىٰهُ ٱللَّهُ ۚ لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا مَآ ءَاتَىٰهَا ۚ سَيَجْعَلُ ٱللَّهُ بَعْدَ عُسْرٍ يُسْرًا

    Liyuñfiq̣ ẓoo saʻatim miñ saʻatih, wa-mañ q̣udira ʻalayhi rizq̣uhoo falyuñfiq̣ mimmaaa ʹaataahul laah. Laa- yukalliful laahu nafsan ʹillaa maaa ʹaataahaa. Sayajʻalul laahu baʻda ʻusriñy yusraa.

    އަދި އެ ކިރުމައިންނަށް ތަނަވަސްކަންހުރި މީހުންގެ ތަނަވަސްކަމުން ހޭދަކުރާށެވެ. އަދި އެމީހަކަށް رِزْق ދަތިވެއްޖެ މީހާ، އަތްމަތި ދަތިމީހާ އޭނާއަށް اللَّهُ ދެއްވާފައިވާ މިންވަރަކުން ހޭދަކުރާށެވެ. خَرَدُ ކުރާށެވެ. އަދި އެއްވެސް نَفْس އަކަށް اللَّهُ އެ نَفْس އަކަށް ދެއްވި އެއްޗެއްގެ تَكْلِيْف ނޫނީ ނުޖައްސަވައެވެ. އަދި ނިކަންހުރެ އުނދަގުލަކަށްފަހު ފަސޭހައެއް اللَّهُ ލައްވާނެއެވެ.

  129. 65:8

    وَكَأَيِّن مِّن قَرْيَةٍ عَتَتْ عَنْ أَمْرِ رَبِّهَا وَرُسُلِهِۦ فَحَاسَبْنَـٰهَا حِسَابًا شَدِيدًا وَعَذَّبْنَـٰهَا عَذَابًا نُّكْرًا

    Wa-kaʹayyim miñ q̣aryatin ʻatat ʻan ʹAmri Rabbihaa wa-rusulihee faḥaasabnaahaa ḥisaabañ shadeedañw waʻaẓẓabnaahaa ʻAẓaaban nukraa.

    އަދި ކިތައްކިތައް ރަށްރަށް އެރައްރަށުގެ رَبّ ގެ أَمْر ފުޅުތަށާއި އެކަލާގެ رَسُوْل ންނަށް ނުކިޔަމަންތެރިވި ހެއްޔެވެ؟ (އެބަހީ ވަރަށް ގިނަރަށްރަށުގެ މީހުން އެ ރަށްރަށުގެ رَبّ އަށާއި އެކަލާނގެ رَسُوْل ންނަށް ނުކިޔަމަންތެރިވިއެވެ.) ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންނާމެދު ވަރަށް ގަދަވެގެންވާ ހިސާބަކުން ހިސާބު ބެއްލެވީމެވެ. ގަދަވެގެންވާ عَذَاب އަކުން އެމީހުންނަށް عَذَاب ދެއްވީމެވެ.

  130. 65:9

    فَذَاقَتْ وَبَالَ أَمْرِهَا وَكَانَ عَـٰقِبَةُ أَمْرِهَا خُسْرًا

    Faẓaaq̣at wa-baala ʹamrihaa wa-kaana ʻAaq̣ibatu ʹamrihaa khusraa.

    ފަހެ އެރަށްރަށުގެ އަހުލުވެރިން އެމީހުންގެ ކާފަރު ކަމާއި ނުކިޔަމަންތެރިކަމުގެ ރަހަ ލިބިގަތެވެ. އަދި އެމީހުންގެ آخِر ނިމުމަކަށްވީ ގެއްލުމާއި ހަލާކެވެ.

  131. 65:10

    أَعَدَّ ٱللَّهُ لَهُمْ عَذَابًا شَدِيدًا ۖ فَٱتَّقُوا۟ ٱللَّهَ يَـٰٓأُو۟لِى ٱلْأَلْبَـٰبِ ٱلَّذِينَ ءَامَنُوا۟ ۚ قَدْ أَنزَلَ ٱللَّهُ إِلَيْكُمْ ذِكْرًا

    ʹAʻaddal laahu lahum ʻAẓaabañ shadeedañ fattaq̣ul laaha yaaaʹulil ʹalbaabil laẓeena ʹaamanoo!― Q̣ad ʹanzalal laahu ʹilaykum Ẓikraa,―

    ﷲ އެމީހުންނަށް (قِيَامَة ދުވަހުން) ގަދަވެގެންވާ عَذَاب އެއް ތައްޔާރު ކުރެއްވިއެވެ. އޭ إِيْمَان ވެގެންވާ ބުއްދިވެރިންނޭވެ. ކަލޭމެން ﷲ އަށް تَقْوَى ވެރިވާށެވެ. ބިރުވެތިވާށެވެ. ހަމަކަށަވަރުން ކަލޭމެންނަށް ﷲ ذِكْر އެއް ބާވައިލައްވައިފިއެވެ.

  132. 65:11

    رَّسُولًا يَتْلُوا۟ عَلَيْكُمْ ءَايَـٰتِ ٱللَّهِ مُبَيِّنَـٰتٍ لِّيُخْرِجَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ مِنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ ۚ وَمَن يُؤْمِنۢ بِٱللَّهِ وَيَعْمَلْ صَـٰلِحًا يُدْخِلْهُ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًا ۖ قَدْ أَحْسَنَ ٱللَّهُ لَهُۥ رِزْقًا

    Rasoolañy yatloo ʻalaykum ʹAayaatil laahi mubayyinaatil liyukhrijal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati minaz̤̣ z̤̣ulumaati ʹilan Noor. Wa-mañy yuʹmim billaahi wa-yaʻmal ṣaliḥañy yudkhilhu Jannaatiñ tajree miñ taḥtihal ʹanhaaru khaalideena feehaaa ʹabadaa: q̣ad ʹaḥsanal laahu lahoo rizq̣aa.

    އެ ذِكْر އަކީ رَسُوْل އާއެވެ. އެ رَسُوْل އާ ކަލޭމެންގެ މައްޗަށް ﷲ ގެ بَيَان ވެގެންވާ އާޔަތްތައް ކިޔަވާ ވިދާޅުވެ ދެއްވައެވެ. އެއީ إِيْمَان ވެގެން صَالِح عَمَل ކުރި މީސްތަކުން (ކާފަރުކަމާއި شِرْك ގެ) އަނދިރިކަމުން ނެރުއްވައި (إِيْمَان ކަމާ هِدَايَة ގެ އަލިކަމުގެ ތެރެއަށް ވެއްދުމަށެވެ. އަދި ﷲ އަށް إِيْمَان ވެ صَالِح عَمَل ކުރި މީސްތަކުން (ދަންނައެވެ.) އެތަންތާނގެ ދަށުން އާރުތައް ދެމިދެމި އޮންނަ ބަގީޗާތަކަށް (ސުވަރުގެތަކަށް) ތިމަންރަސްކަލާނގެ އެމީހުން ވައްދަވާ ހުށީމެވެ. އެމީހުން އެތަންތާގައި އަބަދީ ގޮތެއްގައި ދެމިތިބޭނެއެވެ. ހަމަކަށަވަރުން ﷲ އެމީހުންނަށް ރަނގަޅު رِزْق ދެއްވިއެވެ. އެމީހުންގެ رِزْق ރަނގަޅުކުރެއްވިއެވެ.

  133. 65:12

    ٱللَّهُ ٱلَّذِى خَلَقَ سَبْعَ سَمَـٰوَٰتٍ وَمِنَ ٱلْأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلْأَمْرُ بَيْنَهُنَّ لِتَعْلَمُوٓا۟ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَىْءٍ عِلْمًۢا

    ʹAllaahul laẓee khalaq̣a sabʻa Samaawaatiñw Waminal ʹarḍi mis̤lahunn. Yatanazzalul ʹAmru baynahunna litaʻlamooo ʹannal laaha ʻalaa kulli shayʹiñ Q̣adeer: wa-ʹannal laaha q̣ad ʹaḥaaṭa bikulli shayʹin ʻilmaa.

    ﷲ އީ ހަތް އުޑު ހެއްދެވި ކަލާނގެއެވެ. އަދި ބިމުންވެސް އެވަރަށް ހެއްދެވިއެވެ. (އެބަހީ ހަތް ބިން ހެއްދެވިއެވެ.) އަދި އެދެމެދުގައި އެކަލާނގެ وَحِي ގެ أَمْر ފުޅުތައް ހިނގައެވެ. (އެބަހީ އުޑުތަކާއި ބިންތަކާއި އަދި އެދެމެދުގައިވާ خَلْق ތަކުންނަށް އެކަލާނގެ أَمْر ފުޅު ހިންގަވައެވެ.) އެކަން އެފަދައިން ލައްވާފައިވަނީ ހަމަކަށަވަރުންވެސް ކޮންމެ ކަމެއްގެ މައްޗަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވާކަމާއި އަދި ކޮންމެ އެއްޗެއްވެސް އެކަލާނގެ ދެނެވޮޑިގެންވާކަން ކަލޭމެންނަށް އެންގެވުމަށްޓަކައެވެ.

  134. Surah At-TahrimBegins here at 66:1

  135. 66:1

    يَـٰٓأَيُّهَا ٱلنَّبِىُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَ ۖ تَبْتَغِى مَرْضَاتَ أَزْوَٰجِكَ ۚ وَٱللَّهُ غَفُورٌ رَّحِيمٌ

    Yaaaʹayyuhan Nabiyyu lima tuḥarrimu maaa ʹaḥallal laahu lak? Tabtag̣i marḍaata ʹazwaajik. wallaahu G̣afoorur Raḥeem.

    އޭ نَبِي އާއެވެ! އަނބިއަނބިކަނބަލުން ރުއްސެވުމުގެ ގޮތުން اللَّهُ ކަލޭގެފާނަށް حَلَال ކުރައްވާފައިވާ ތަކެތި حَرَام ކުރައްވަނީ ކީއްވެތޯއެވެ؟ އަދި اللَّهُ އީ ގިނަގިނައިން ފާފަ ފުއްސަވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  136. 66:2

    قَدْ فَرَضَ ٱللَّهُ لَكُمْ تَحِلَّةَ أَيْمَـٰنِكُمْ ۚ وَٱللَّهُ مَوْلَىٰكُمْ ۖ وَهُوَ ٱلْعَلِيمُ ٱلْحَكِيمُ

    Q̣ad faraḍal laahu lakum taḥillata ʹaymaanikum: wallaahu Mawlaakum, wa-Huwal ʻAleemul Ḥakeem.

    އަދި ކަލޭމެންގެ ހުވައިން حَلَال ވެގަނެވޭ ގޮތް اللَّهُ ކަލޭމެންނަށް شَرُع ކޮށްދެއްވައިފިއެވެ. ކަނޑައަޅުއްވައި ދެއްވައިފިއެވެ. (އެއީ مَائِدَة سُورَة ގެ 89 ވަނަ އާޔަތުގައިވާ ފަދައިންނެވެ.) އަދި اللَّهُ އީ ކަލޭމެންގެ ވެރިޔާއެވެ. ސަހަރޯވެރިޔާއެވެ. އެކަލާނގެއީ އަޅުތަކުންގެ އެންމެހާ ކަންތައް ދެނެވޮޑިގެންވާ حِكْمَة ވަންތަ ކަލާނގެއެވެ.

  137. 66:3

    وَإِذْ أَسَرَّ ٱلنَّبِىُّ إِلَىٰ بَعْضِ أَزْوَٰجِهِۦ حَدِيثًا فَلَمَّا نَبَّأَتْ بِهِۦ وَأَظْهَرَهُ ٱللَّهُ عَلَيْهِ عَرَّفَ بَعْضَهُۥ وَأَعْرَضَ عَنۢ بَعْضٍ ۖ فَلَمَّا نَبَّأَهَا بِهِۦ قَالَتْ مَنْ أَنۢبَأَكَ هَـٰذَا ۖ قَالَ نَبَّأَنِىَ ٱلْعَلِيمُ ٱلْخَبِيرُ

    Wa-ʹiẓ ʹasarran Nabiyyu ʹilaa baʻḍi ʹazwaajihee ḥadees̤aa, falammaa nabbaʹat bihee wa-ʹaz̤̣harahul laahu ʻalayhi ʻarrafa baʻḍahoo wa-ʹaʻraḍa ʻam baʻḍ. Falammaa nabbaʹahaa bihee q̣aalat man ʹambaʹaka haaẓaa? Q̣aala nabbaʹaniyal ʻAleemul Khabeer.

    އަދި نَبِيُّ اللَّهِ ﷺ އެކަލޭގެފާނުގެ ބައެއް އަނބިއަނބިކަނބަލުންގެ އަރިހު ވާހަކައެއް ސިއްރުކުރެއްވިހިނދު ދެން އެކަމަނާ އެވާހަކަ އެހެން ބޭކަނބަލަކަށް خَبَر ކުރެއްވުމުން އެކަމުގެ خَبَر (އެބަހީ އެ خَبَر ކުރެއްވުމުގެ خَبَر) ދެއްވުމުން، اللَّهُ تَعَالَى އެކަން އެކަލޭގެފާނަށް އަންގަވައި ފައުޅުކުރައްވައިފިއެވެ. ދެން އެކަލޭގެފާނު (އެ އަނބިކަނބަލުންނަށް) އޭގެ ބައެއް ވާހަކަ އަންގަވައި، އަދި އަނެއްބައި ވާހަކަ ނާންގަވައި ވަންހަނާ ކުރައްވައިފިއެވެ. ދެން އެކަލޭގެފާނު އެވާހަކަ އެކަމަނާއަށް އެންގެވުމުން އެކަމަނާ ވިދާޅުވިއެވެ. ކަލޭގެފާނަށް ތިޔަ خَبَر އެންގެވީ ކާކުތޯއެވެ. އެކަލޭގެފާނު حَدِيْث ކުރެއްވިއެވެ. އަހުރެންނަށް އެ خَبَر ދެއްވީ އެންމެހާ ކަންތައް ދެނެވޮޑިގެންވާ خَبَر ދެއްވާ ކަލާނގެއެވެ.\nދަންނައެވެ. މި އާޔަތްތައް ބާވައިލެއްވުމުގެ މުނާސަބަތު ދެތިންގޮތަކަށް تَفْسِيْرُ عِلْم ވެރިން بَيَان ކުރައްވާފައިވެއެވެ. އޭގެތެރެއިން އެންމެ مَشْهُوْر ގޮތް ދާދި ކުޑަކޮށް ނަކަލު ކޮށްލަމެވެ. نَبِي އާ އާއި އެކަލޭގެފާނުގެ ބައެއް އަނބިއަނބިކަނބަލުންގެ މެދުގައި ހިނގައިދިޔަ ކަމަކަށްވާތީ އެފަރާތްތަކަށް އެކަށީގެންނުވާ ކުށްބަހެއް ބުނެވިއްޖެނަމަ اللَّهُ ގެ حَضْرَة ން ހާސް ފަށުން عَفُوْء އާއި مَغْفِرَة އަށް އެދޭ حَال ގައެވެ. އެވާހަކައިގެ خُلاَصَة އަކީ: [މާތް اللَّهُ އެކަމަނާއަށް ރުއްސުންލެއްވި حَفْصَة ގެފާނުންގެ ދާންމަތިކޮޅުގައި رَسُوْل ﷲ ﷺ އެކަލޭގެފާނުގެ ޖާރިޔާ مَارِيَةُ الْقِبْطِيَّة އާއިއެކު އެއްދާންކުރެއްވި ކަމުގައިވިއެވެ. އެދުވަހަކީ حَفْصَة ގެފާނުންގެ އަރިހުގައި رَسُوْل ﷲ ﷺ އޮންނެވުމަށް ކަނޑައެޅިފައިވާ ދުވަސްކަމުގައިވިއެވެ. ދެން އެކަމަނާ ވަޑައިގެން އެކަމާ ރުހިވަޑައިނުގަންނަވައިގެން އެކަމުގެ ބަސްފުޅެއް ވިދާޅުވުމުން އެކަމަނާގެ ހިތްޕުޅު ހަމަޖެއްސެވުމަށްޓަކައި ދުވަހަކުވެސް ދެން مَارِيَةُ الْقِبْطِيَّة ގެ އަރިހަށް ވަޑައިނުގަތުމަށް رَسُوْل ﷲ ﷺ ހުވައި ކުރެއްވިއެވެ. އަދި އެވާހަކަ އެހެން މީހަކު ގާތު ވިދާޅުނުވާށޭވެސް حَدِيْث ކުރެއްވިއެވެ. އެކަމަކު އެވާހަކަ މާތް اللَّهُ ރުއްސުން ލެއްވި عَائِشَة ގެފާނަށް حَفْصَة ގެފާނު ވިދާޅުވެދެއްވައިފިއެވެ. އެއާއި ވިދިގެން اللَّهُ سُبْحَانَهُ وَتَعَالَى އެކަމުގެ خَبَر رَسُوْل ﷲ ﷺ އަށް އަންގަވައިފިއެވެ. ދެން އެކަލޭގެފާނު އެ حَفْصَة ގެފާނަށް އެ وَحِي ގެ ބައެއް ވާހަކަ އަންގަވައި އަނެއްބައިވާހަކަ ވަންހަނާ ކުރެއްވިއެވެ. ދެން حَفْصَة ގެފާނު ވިދާޅުވިއެވެ. ކަލޭގެފާނަށް ތިޔަ خَبَر ދެއްވީ ކާކުތޯއެވެ؟ އެކަލޭގެފާނު حَدِيْث ކުރެއްވިއެވެ. އަހުރެންނަށް އެ خَبَر ދެއްވީ ހުރިހާ ކަމެއް ދެނެވޮޑިގެންވާ އަދި خَبَر ދެއްވާ ކަލާނގެއެވެ.] އެވާހަކައިގެ خُلاَصَة މި بَيَان ވެ ދިޔައީއެވެ. މިއީ ގިނަ عِلْم ވެރިންގެ رَأْي އެވެ. އަދި މި ނޫން ގޮތްގޮތަށްވެސް މިކަމުގެ ސަބަބު ރިވާވެގެން ވެއެވެ. وَاللَّهُ أَعْلَمُ بِالصَّوابِ

  138. 66:4

    إِن تَتُوبَآ إِلَى ٱللَّهِ فَقَدْ صَغَتْ قُلُوبُكُمَا ۖ وَإِن تَظَـٰهَرَا عَلَيْهِ فَإِنَّ ٱللَّهَ هُوَ مَوْلَىٰهُ وَجِبْرِيلُ وَصَـٰلِحُ ٱلْمُؤْمِنِينَ ۖ وَٱلْمَلَـٰٓئِكَةُ بَعْدَ ذَٰلِكَ ظَهِيرٌ

    ʹIñ tatoobaaa ʹilal laahi faq̣ad ṣag̣at q̣uloobukumaa; wa-ʹiñ taz̤̣aaharaa ʻalayhi faʹinnal laaha Huwa Mawlaahu wa-Jibreelu wa-Ṣaaliḥul Muʹmineen, wal-malaaaʹikatu baʻda ẓaalika z̤̣aheer.

    (حَفْصَة ގެފާނާއި عَائِشَة ގެފާނާއި) ތިޔައިގެ ދެކަނބަލުން اللَّهُ އަށް تَوْبَة ވެ ވަޑައިގެންފިއްޔާ (اللَّهُ ތިޔަ ދެކަނބަލުންގެ تَوْبَة قَبُوْل ކުރައްވާނެއެވެ.) ހަމަކަށަވަރުން ތިޔަ ދެކަނބަލުންގެ ހިތްޕުޅު حَقّ ގޮތް ފިޔަވައި ލެނބިއްޖެއެވެ. އަދި ތިޔައިގެ ދެކަނބަލުން - رَسُوْل ﷲ ﷺ ރުހިވަޑައިނުގަންނަވާ ކަންކަމުގައި - އެކަކު އަނެކަކާ އެހީވިޔަސް އެކަލޭގެފާނަކަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ. އެހެނީ ހަމަކަށަވަރުން اللَّهُ އީ އެކަލޭގެފާނުގެ ސަހަރޯވެރިޔާއެވެ. އަދި جِبْرِيْلُ عَلَيْهِ السَّلَام އާއި مُؤْمِن ންގެ صَالِح މާތް ބޭބޭކަލުންނެވެ. أَبُوْبَكْر ގެފާނާއި عُمَر ގެފާނުފަދަ މާތް صَالِح ންނެވެ. ދެން އެއަށްފަހު އެންމެހާ مَلَائِكَة ބޭކަލުން އެކަލޭގެފާނަށް نَصْر ދެއްވާ އެހީތެރިވެވަޑައިގަންނަވާނެއެވެ.

  139. 66:5

    عَسَىٰ رَبُّهُۥٓ إِن طَلَّقَكُنَّ أَن يُبْدِلَهُۥٓ أَزْوَٰجًا خَيْرًا مِّنكُنَّ مُسْلِمَـٰتٍ مُّؤْمِنَـٰتٍ قَـٰنِتَـٰتٍ تَـٰٓئِبَـٰتٍ عَـٰبِدَٰتٍ سَـٰٓئِحَـٰتٍ ثَيِّبَـٰتٍ وَأَبْكَارًا

    ʻAsaa Rabbuhooo ʹiñ ṭallaq̣akunna ʹañy yubdilahooo ʹazwaajan khayram miñkunna Muslimaatim Muʹminaatiñ q̣aanitaatiñ taaaʹibaatin ʻaabidaatiñ saaaʹiḥaatiñ s̤ayyibaatiñw waʹabkaaraa.

    އެކަލޭގެފާނު ތިޔަކަނބަލުން ވަރިކުރައްވައިފިއްޔާ ތިޔަކަނބަލުންނަށްވުރެ މާ ހެޔޮ ކަނބަލުންތަކެއް އަނބީންގެ ގޮތުގައި اللَّهُ تَعَالَى އެކަލޭގެފާނަށް ދެއްވައިފާނެއެވެ. އަދި އެދެއްވާކަނބަލުންނަކީ اللَّهُ ގެ أَمْر ފުޅުތަކަށް ކިޔަމަންތެރިވެވަޑައިގަންނަވާ، ތެދުވެރި، ކިޔަމަންތެރި، ފާފައަށް تَوْبَة ވެވަޑައިގަންނަވާ، އަޅުވެތި އަދި ރޯދަފުޅު ހިއްޕަވާ ثَيِّب ންނާއި بِكْر ވެރިންކަމުގައިވާނެއެވެ. (ثَيِّب ންނަކީ صَحّ ކައިވެންޏެއްގައި جِمَاعُ ވެވިފައިވާ އަންހެނުންނެވެ. بِكْر ވެރިންނަކީ އަދި އެހާތަނަށް جِمَاعُ ނުވެ ތިބި އަންހެނުންނެވެ.

  140. 66:6

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ عَلَيْهَا مَلَـٰٓئِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ

    Yaaaʹayyuhal laẓeena ʹaamanoo q̣ooo ʹañfusakum wa-ʹahleekum Naarañw Waq̣ooduhan Naasu wal-Ḥijaaratu ʻalayhaa malaaʹikatun g̣ilaaz̤̣uñ shidaadul laa yaʻṣoonal laaha maaa ʹamarahum Wayafʻaloona maa- yuʹmaroon.

    އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ نَفْس ތަކާއި އަދި ތިޔަބައިމީހުންގެ أَهْل ވެރިން (އަނބިދަރިން) ނަރަކައިން ސަލާމަތްކުރާށެވެ. އެއީ ތިޔަބައިމީހުންނަށް އެކަލާނގެ أَمْر ކުރެއްވި ކަންތައް ކޮށް އަދި نَهِي ކުރެއްވި ކަންތަކުން ދުރުވެގަނެގެންނެވެ. އަދި أَهْل ވެރިންނަށްވެސް اللَّهُ އަށް ކިޔަމަންތެރިވުމަށް أَمْر ކޮށް އެކަލާނގެ އަށް އުރެދެވޭ ކަންތަކުން ދުރުވެގަތުމަށް أَمْر ކޮށްގެންނެވެ.) އެހެނީ އެ ނަރަކައިގެ ދަރަކީ މީސްތަކުންނާއި ހިލައެވެ. އެނަރަކައިގެ މައްޗަށް ވެރިކުރެއްވިގެންވާ زَبَانِيَّة مَلَائِكَة ބޭކަލުންނަކީ އެބޭކަލުންގެ ހިތްޕުޅު ނުހަނު ހަރުކަށި އަދި ހަށިކޮޅުތަކުގެ ބާރުފުޅުގަދަވެގެންވާ ބޭކަލުންނެވެ. އެބޭކަލުން اللَّهُ އަކަށްއުރެދިވަޑައި ނުގަންނަވާނެއެވެ. އަދި އެބޭކަލުންނަށް އަމުރުވެވުނު ކޮންމެ ކަމެއް ކުރައްވާނެއެވެ.

  141. 66:7

    يَـٰٓأَيُّهَا ٱلَّذِينَ كَفَرُوا۟ لَا تَعْتَذِرُوا۟ ٱلْيَوْمَ ۖ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ

    Yaaaʹayyuhal laẓeena kafaroo laa- taʻtaẓirul Yawm! ʹInnamaa tujzawna maa- kuñtum taʻmaloon!

    (قِيَامَة ދުވަހުން ގޮވޭނެއެވެ.) އޭ ކާފަރުވީ މީސްތަކުންނޭވެ! ކަލޭމެން މިއަދު عُذُر ދައްކައި ބަހަނާތައް ނުހަދާށެވެ! ހަމަކަށަވަރުން ކަލޭމެންނަށް عَذَاب ލިބެމުން ތިޔަދަނީ ކަލޭމެން ދުނިޔޭގައި ތިބެގެންކުރި ނުބައި ކަންތައްތަކުންނެވެ.

  142. 66:8

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ تُوبُوٓا۟ إِلَى ٱللَّهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّـَٔاتِكُمْ وَيُدْخِلَكُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ يَوْمَ لَا يُخْزِى ٱللَّهُ ٱلنَّبِىَّ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ ۖ نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَـٰنِهِمْ يَقُولُونَ رَبَّنَآ أَتْمِمْ لَنَا نُورَنَا وَٱغْفِرْ لَنَآ ۖ إِنَّكَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

    Yaaaʹayyuhal laẓeena ʹaamanoo toobooo ʹilal laahi Tawbatan Naṣooḥaa: ʻasaa Rabbukum ʹañy yukaffira ʻañkum sayyiʹaatikum wa-yudkhilakum Jannatiñ tajree miñ taḥtihal ʹanhaaru Yawma laa- yukhzil laahun Nabiyya wallaẓeena ʹaamanoo maʻah. Nooruhum yasʻaa bayna ʹaydeehim wa-biʹaymaanihim yaq̣ooloona ˹Rabbanaaa ʹatmim lanaa Nooranaa wag̣fir lanaa: ʹinnaka ʻalaa kulli shayʹiñ Q̣adeer.˺

    އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ފިސާރި إِخْلَاص ތެރި تَوْبَة އަކުން اللَّهُ އަށް تَوْبَة ވާށެވެ! (އެއީ އިސްވެދިޔަފަދަ ކުށަކަށް ދުވަހަކުވެސް އަރައިނުގަތުމަށް عَزْم ކޮށް އަދި އެކަމާމެދު ހިތާމަކޮށް ދުލުންވެސް إِسْتِغْفَار ގެ لَفْظ ތައް ކިޔުމެވެ.) އޭރުން ތިޔަބައިމީހުންގެ رَبّ ތިޔަބައިމީހުންގެ ކުށްފާފަތައް ފުއްސަވައި އަދި އެތަންތާނގެ ދަށުން އާރުތައް ދެމިދެމި އޮންނަ ސުވަރުގެތަކަށް ތިޔަބައިމީހުން ވައްދަވާ ހުއްޓެވެ. އެދުވަހަކީ نَبِي އާ އާއި އެކަލޭގެފާނުގެ އަރިހުގައި إِيْمَان ވެގެންވާ ބޭކަލުން ދެރަނުވާނޭ ދުވަހެވެ. އަދި އެދުވަހުން صِرَاط މަގުގައި އެބޭކަލުންގެ نُوْر އެބޭކަލުންގެ ކުރިމަތިންނާއި އެބޭކަލުންގެ ކަނާތްފަރާތުން އެބޭކަލުންނާއެކު ދާނެއެވެ. އަދި އެބޭކަލުން ދަންނަވާނެއެވެ. އޭ އަޅަމެންގެ رَبّ އެވެ. އަޅަމެންނަށް އަޅަމެންގެ نُوْر ފުރިހަމަކޮށްދެއްވާނދޭވެ. އަދި އަޅަމެންނަށް ފުއްސަވާނދޭވެ. ހަމަކަށަވަރުން އިބަރަސްކަލާނގެ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުނަވަންތައެވެ.

  143. 66:9

    يَـٰٓأَيُّهَا ٱلنَّبِىُّ جَـٰهِدِ ٱلْكُفَّارَ وَٱلْمُنَـٰفِقِينَ وَٱغْلُظْ عَلَيْهِمْ ۚ وَمَأْوَىٰهُمْ جَهَنَّمُ ۖ وَبِئْسَ ٱلْمَصِيرُ

    Yaaaʹayyuhan Nabiyyu jaahidil kuffaara wal-Munaafiq̣eena wag̣luz̤̣ ʻalayhim. Wa-maʹwaahum Jahannam,― Wabiʹsal maṣeer.

    އޭ نَبِي އާ އެވެ! ކާފަރުންނާއި مُنَافِق ންނާ އިދިކޮޅަށް جِهَاد ކުރައްވާށެވެ! އަދި އެބައިމީހުންގެ މައްޗަށް ހަރުކަށިވެ ވަޑައިގަންނަވާށެވެ! އެމީހުންގެ ޖާގައަކީ ނަރަކައެވެ. އެއީ ގޮސްތިބޭން ނުބައިވެގެންވާ ތަނެކެވެ.

  144. 66:10

    ضَرَبَ ٱللَّهُ مَثَلًا لِّلَّذِينَ كَفَرُوا۟ ٱمْرَأَتَ نُوحٍ وَٱمْرَأَتَ لُوطٍ ۖ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَـٰلِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ ٱللَّهِ شَيْـًٔا وَقِيلَ ٱدْخُلَا ٱلنَّارَ مَعَ ٱلدَّٰخِلِينَ

    Ḍarabal laahu mas̤alal lillaẓeena kafarum raʹata Nooḥiñw wamraʹata Looṭ. Kaanataa taḥta ʻAbdayni min ʻibaadinaa ṣaaliḥayni fakhaanataahumaa falam yug̣niyaa ʻanhumaa minal laahi shayʹañw waq̣eelad khulan Naara maʻad daakhileen!

    اللَّهُ تَعَالَى ކާފަރުވީ މީހުންނަށް މިސާލެއް ޖެއްސެވިއެވެ. އެއީ نُوْح عَلَيْه السلام ގެ އަނބިކަނބަލުންނާއި لُوْط عَلَيْه السلام އަނބިކަނބަލުންގެ މިސާލެވެ. އެދެ އަންހެނުން ވީ ތިމަންރަސްކަލާނގެ صَالِح ދެ އަޅުންކަމުގައިވާ نُوْح عَلَيْهِ السَّلَام އާއި لُوْط عَلَيْهِ السَّلَام އާއި ދެބޭކަލުންގެ ބެއްލެވުމުގެ ދަށުގައެވެ. ދެންފަހެ އެދެއަންހެނުން އެދެބޭކަލުންނަށް خِيَانَة ތެރިވެއްޖެއެވެ. (نُوْح ގެފާނުގެ އަނބިކަނބަލުން މީސްތަކުންގެ ގާތުގައި އެކަލޭގެފާނަކީ މޮޔައެކޭ ކިޔައި އެކަލޭގެފާނަށް ކާފިރުވީއެވެ. لُوْط ގެފާނުގެ އަނބިކަނބަލުން މީސްތަކުންގެ ގާތުގައި އެކަލޭގެފާނުގެ މެހްމާހުން ވީތަނުގެ ވާހަކަ ބުނެދިން ކަމުގައި ވިއެވެ.)\nދެންފަހެ اللَّهُ تَعَالَى ގެ حَضْرَة ން عَذَاب އާއި ކޯފާ އައި ހިނދުން އެދެ އަންހެނުންނަށް އެދެބޭކަލުންގެ ފަރާތުން އެއްވެސް ފައިދާ އެއް مَنْفَع އެއް ނުކުރިއެވެ. رَسُوْل ބޭކަލުންގެ އަނބިއަނބިކަނބަލުން ކަމުގައި ވީތީ ވަކިން ކުރި އެއްވެސް ކަމެއް ލިބުނު އެއްވެސް އެހީއެއް ނެތެވެ. ކާފަރުކަމާއި ނުކިޔަމަންތެރިކަމަކީ އެއްވެސް حَال އެއްގައި އެއަށް اللَّهُ ރުހިވޮޑިގެންވާ ކަންކަމެއްނޫނެވެ. އަދި އެދެ އަންހެނުންނަށްވެސް ނަރަކައަށް ވަންނަމީހުންނާއެކު ނަރަކައަށް ވަނުމަށް އެންގެވުނެވެ.

  145. 66:11

    وَضَرَبَ ٱللَّهُ مَثَلًا لِّلَّذِينَ ءَامَنُوا۟ ٱمْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ٱبْنِ لِى عِندَكَ بَيْتًا فِى ٱلْجَنَّةِ وَنَجِّنِى مِن فِرْعَوْنَ وَعَمَلِهِۦ وَنَجِّنِى مِنَ ٱلْقَوْمِ ٱلظَّـٰلِمِينَ

    Wa-ḍarabal laahu mas̤alal lil-laẓeena ʹaamanum raʹata Firʻawn. ʹIẓ q̣aalat Rab-bib ni lee ʻiñdaka baytañ fil Jannati wa-najjinee miñ Firʻawna wa-ʻamalihee wa-najjinee minal q̣awmiz̤̣ z̤̣aalimeen;

    އަދި إِيْمَان ވީ މީހުންގެ މިސާލެއްވެސް اللَّهُ ޖެއްސެވިއެވެ. އެއީ فِرْعَوْن ގެ އަނބިކަނބަލުން آسِيَة بِنْت مَزَاحِم ގެ މިސާލެވެ. އެކަމަނާއަކީ جَبَّارُ ނުބައި فِرْعَوْن ގެ އަނބިކަނބަލުންނެވެ. އެކަމަނާއަކީ صَالِح މާތް تَقْوَى ވެރި މުއުމިނެކެވެ. އެކަމަނާ އެކަމަނާގެ رَبّ އަށް ދެންނެވިއެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. އިބަރަސްކަލާނގެ حَضْرَة ގައި ސުވަރުގޭގައި މިއަޅާއަށް ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި فِرْعَوْن ގެ ކިބައިންނާއި އޭނާ ކުރާ شِرْك ގެ ނުބައި عَمَل ތަކުން މިއަޅާ ރައްކާތެރިކުރައްވާނދޭވެ. އަދި އަނިޔާވެރިވި މީސްތަކުންގެ ކިބައިން މިއަޅާ މިންޖުކޮށްދެއްވައި ސަލާމަތްކޮށްދެއްވާނދޭވެ!

  146. 66:12

    وَمَرْيَمَ ٱبْنَتَ عِمْرَٰنَ ٱلَّتِىٓ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِن رُّوحِنَا وَصَدَّقَتْ بِكَلِمَـٰتِ رَبِّهَا وَكُتُبِهِۦ وَكَانَتْ مِنَ ٱلْقَـٰنِتِينَ

    Wa-Maryamab nata ʻImraanal lateee ʹaḥṣanat farjahaa fanafakhnaa feehi mir rooḥinaa wa-ṣaddaq̣at bi-Kalimaati Rabbihaa wa-Kutubihee wa-kaanat minal Q̣aaniteen.

    އަދި عِمْرَان ގެ ދަރިކަނބަލުން مَرْيَم ގެފާނުގެ މިސާލުވެސް اللَّهُ މީސްތަކުންނަށް ޖެއްސެވިއެވެ. އެކަމަނާ އަކީ އެކަމަނާގެ ލަދުގުނަވަން فَاحِش ކަންތައްތަކުން ރައްކާތެރި ކުރެއްވި ބޭކަނބަލެކެވެ. (އެކަމަނާ ހަޑިހުތުރު އެއްވެސް ކަމެއް ނުކުރައްވައެވެ.) ދެން އެކަމަނާގެ ގައިކޮޅަށް ތިމަންރަސްކަލާނގެ رُوْح ން ތިމަންރަސްކަލާނގެ ފުމެލެއްވީމެވެ. އަދި އެކަމަނާ ހައްދަވާ ބޮޑުކުރެއްވި رَبّ ގެ كَلِمَة ފުޅު ތެދުކުރެއްވިއެވެ. އެބަހީ އެކަލާނގެ شَرِيْعَة ތެދުކުރެއްވިއެވެ. އަދި އެކަލާނގެ ބާވައިލެއްވި ފޮތްތައްވެސް އެކަމަނާ ތެދުކުރެއްވިއެވެ. އަދި އެކަމަނާވީ ކިޔަމަންތެރިވީ މީސްތަކުންގެ ތެރެއިންނެވެ.\nދަންނައެވެ. މި ސޫރަތުގައި اللَّهُ މިސާލު ޖެއްސެވީ ހަތަރު އަންހެނެއްގެ ވާހަކައިންނެވެ. އެތަނުން އެއް ދެއަންހެނުންނަކީ سَلاَم ލެއްވި نُوْح ގެފާނުގެ އަނބިކަނބަލުންނެވެ. އަނެއް އަންހެނަކީ سَلاَم ލެއްވި لُوْط ގެފާނުގެ އަނބިކަނބަލުންނެވެ. ދެ އަންހެނުންވެސް ތިބީ ދެ رَسُوْل ންގެ ބެއްލެވުމުގެ ދަށުގައެވެ. ނަމަވެސް ނުކިޔަމަންތެރިވެ ކާފަރުވުމުގެ ސަބަބުން رَسُوْل ބޭކަލެއްގެ އަނބިކަނބަލަކަށްވީތީ އެއްވެސް ފައިދާ އެއް ނުކުރިއެވެ. އަނެއްކޮޅުން فِرْعَوْن ގެ އަނބިކަނބަލުން ކާފަރެއްގެ ދަށުގައި ހުރުމާއެކުވެސް إِيْمَان ވެ އަދި اللَّهُ އަށް ކިޔަމަންތެރިވުމުގެ ސަބަބުން ސުވަރުގެއިން ގަނޑުވަރެއް އެކަމަނާއަށް ތައްޔާރުކުރެވުނީއެވެ. މިހުރީ عِبْرَة ން ފުރިގެންވާ ކަންކަމެވެ.