Back to Quran

ސޫރަތްތައް 73

Al-Muzzammil

The Enshrouded One · Makki · 20 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    يَـٰٓأَيُّهَا ٱلْمُزَّمِّلُ

    Yaaaʹayyuhal MUZZAMMIL!

    އޭ ފޭރާންކޮޅުތަކުން ނިވައިވެވަޑައިގެންވާ ކަލޭގެފާނެވެ.

  2. 2

    قُمِ ٱلَّيْلَ إِلَّا قَلِيلًا

    Q̣umil layla ʹillaa q̣aleelaa,―

    ރޭގަނޑުގެ ކުޑަ ވަގުތުކޮޅެއްގައި މެނުވީ (އަޅުކަންކުރެއްވުމަށް) ތެދުވެވަޑައިގަންނަވާށެވެ. އެބަހީ ގިނަވަގުތު އަޅުކަންކުރެއްވުމަށް ތެދުވެވަޑައިގެން ޤާއިމުވެވަޑައިގަންނަވާށެވެ.

  3. 3

    نِّصْفَهُۥٓ أَوِ ٱنقُصْ مِنْهُ قَلِيلًا

    Niṣfahooo ʹawiñ Q̣uṣ minhu q̣aleelaa,

    އެއީ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައެވެ. ނުވަތަ އެއަށްވުރެ ކުޑަތަންކޮޅެއް މަދުކޮށެވެ.

  4. 4

    أَوْ زِدْ عَلَيْهِ وَرَتِّلِ ٱلْقُرْءَانَ تَرْتِيلًا

    ʹAw zid ʻalayhi wa-rattilil Q̣urʹaana tarteelaa.

    ނުވަތަ އެއަށްވުރެން (ދެބައިކުޅަ އެއްބަޔަށްވުރެ) ކުޑަކޮށް ގިނަކޮށްލާށެވެ. އަދި ކަނޑައެޅިގެން قُرْآن ތަރުތީލު ކުރައްވާށެވެ. އެބަހީ ކޮންމެ އަކުރެއްގެ ޙައްޤުވެސް އަދާކޮށް އަކުރުތަކުގެ މަޚްރަޖުން ނެރެ މާނަޔާމެދު ވިސްނާ ފިކުރުކުރައްވައިގެން ކިޔަވާވިދާޅުވާށެވެ.

  5. 5

    إِنَّا سَنُلْقِى عَلَيْكَ قَوْلًا ثَقِيلًا

    ʹInnaa sanulq̣ee ʻalayka Q̣awlañ s̤aq̣eelaa.

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ މައްޗަށް ނިކަންހުރެ ބަރުވެގެންވާ ބަހެއް ބާވައިލައްވާހުށީމެވެ. (ޙުކުމްތަށް ގަދަވެގެންވާ ބަލާޣާތްތެރި ފޮތެއް - ޔަޢުނީ قُرْآن كَرِيم ބާވައިލައްވާ ހުށީމެވެ.)

  6. 6

    إِنَّ نَاشِئَةَ ٱلَّيْلِ هِىَ أَشَدُّ وَطْـًٔا وَأَقْوَمُ قِيلًا

    ʹInna naashiʹatal layli hiya ʹashaddu waṭ-ʹañw waʹaq̣wamu Q̣eelaa.

    ހަމަކަށަވަރުން ރޭގަނޑު ތެދުވެ ރޭއަޅުކަންކުރުން އެއީ ބުރަކަން ބޮޑުވެގެންވާ ކަމެކެވެ. އަދި ކިޔެވުން ސީދާވެފައި ސާބިތުކަން ބޮޑުވެގެންވާ ކަމެކެވެ.

  7. 7

    إِنَّ لَكَ فِى ٱلنَّهَارِ سَبْحًا طَوِيلًا

    ʹInna laka fin nahaari sabḥañ ṭaweelaa.

    އަދި ހަމަކަށަވަރުން ދުވާލުގެ ވަގުތުގައި އެކިއެކި ކަންކަމުގައި ގޮސް އައިސް ވުމާއި މަޝްޣޫލުވުންތަށް ކަލޭގެފާނަށް ވެއެވެ.

  8. 8

    وَٱذْكُرِ ٱسْمَ رَبِّكَ وَتَبَتَّلْ إِلَيْهِ تَبْتِيلًا

    Waẓkuris ma Rabbika wa-tabattal ʹilayhi tabteelaa.

    އަދި ކަލޭގެފާނުންގެ رَبُّ ގެ ނަންފުޅު ހަނދުމަފުޅު ކުރައްވާށެވެ! އަދި އެކަލާނގެއަށް ذِكْر ކުރައްވާށެވެ! އަދި ކަނޑައެޅިގެން އެކަލާނގެއަށް އަޅުކަން ކުރެއްވުމަށް އެހެނިހެން ކަންކަމުން ވަކިވެ ވަޑައިގެން އެކަމުގައި ޚާއްސަ ވެވަޑައިގަންނަވާށެވެ.

  9. 9

    رَّبُّ ٱلْمَشْرِقِ وَٱلْمَغْرِبِ لَآ إِلَـٰهَ إِلَّا هُوَ فَٱتَّخِذْهُ وَكِيلًا

    Rabbul Mashriq̣i wal-Mag̣ribi Laaa ʹilaaha ʹillaa Huwa fattakhiẓhu Wakeelaa.

    އެކަލާނގެއީ مَشْرِق އާއި مَغْرِب ގެވެސް رَبُّ އެވެ. އެކަލާނގެ ފިޔަވައި (އަޅުކަންވެވުން ޙައްޤު ވެގެންވާ) އެހެން އެއްވެސް އިލާހަކު ނުވެއެވެ. ފަހެ އެހެންވެ ކަލޭގެފާނުންގެ އެންމެހާ ކަންތައްތަކާއިގެން ޤާއިމުވެ ވޮޑިގެންވާ ކަލަކުކަމުގައި އެކަލާނގެ އިޚްތިޔާރު ކުރައްވައި ހަމަޖައްސަވާށެވެ!

  10. 10

    وَٱصْبِرْ عَلَىٰ مَا يَقُولُونَ وَٱهْجُرْهُمْ هَجْرًا جَمِيلًا

    Waṣbir ʻalaa maa- yaq̣ooloona wahjurhum hajrañ jameelaa.

    (އޭ رَسُولُ الله އެވެ!) އެމީހުން އެބުނާ ބަސްތަކާ މެދު ކެތްތެރިވެ ވަޑައިގަންނަވާށެވެ! އަދި ރިވެތި ގޮތުގައި އެމީހުންނާއި ދުރުވެވަޑައިގަންނަވާށެވެ. (އެބަހީ އެމީހުން ކުރާ މަލާމާތާއި ދައްކާ ދޮގުވާހަކަތަކާ މެދު ކެތްތެރިވެ ވަޑައިގަންނަވާށެވެ. އަދި ބަދަލު ހިއްޕެވުމުގެ ގޮތުން އެމީހުންނާއި ދުރުވެ ވަޑައި ގަންނަވާށެވެ. ނަމަވެސް މި ޙުކުމް މިއީ ހަނގުރާމައިގެ އާޔަތް ބާވައި ލެއްވުމުގެ ކުރިންނެވެ.)

  11. 11

    وَذَرْنِى وَٱلْمُكَذِّبِينَ أُو۟لِى ٱلنَّعْمَةِ وَمَهِّلْهُمْ قَلِيلًا

    Wa-ẓarnee walmukaẓẓibeena ʹulin naʻmati wa-mahhilhum q̣aleelaa.

    އަދި ތަނަވަސް ކަމާއި ނިޢުމަތާއި މުއްސަނދި ކަމުގެ ވެރި ދޮގުވެރީން ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ. (ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ ފަރާތުން އެމީހުންގެ ކަންތައް ނިންމައިލާ ހުށީމެވެ.) އަދި އެމީހުންނަށް ކުޑަކޮށް ތަންވަޅުދީ ވަގުތުކޮޅު ދެއްވާށެވެ. (އެއީ ދުނިޔޭގައިވެސް އެމީހުންނަށް عَذَاب އަންނާންދެންދެވެ.)

  12. 12

    إِنَّ لَدَيْنَآ أَنكَالًا وَجَحِيمًا

    ʹInna ladaynaaa ʹañkaalañw Wa-Jaḥeemaa,

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ حَضْرَة ގައި ހައްޔަރު ކުރެވޭނެ قيدَ ތަކާއި ކަސްތަޅުތަކާއި އަދި އަޑުކިޔާފައި އަނދާ އަލިފާން އެބަހުއްޓެވެ.

  13. 13

    وَطَعَامًا ذَا غُصَّةٍ وَعَذَابًا أَلِيمًا

    Wa-Ṭaʻaamañ ẓaa g̣uṣṣatiñw waʻAẓaaban ʹaleemaa.

    އަދި އެތެރެއަށް ނުގޮސް ބޭރަށްވެސް ނައިސް ކަރުގައި އަޅައިގަނެ ހެރިފައި ހުންނަ (زَقُّوم ގަހުގެ ކަށީގެ) ކާނާއާއި އަދި އެހެނިހެން ބާވަތްބާވަތުގެ ވޭންދެނިވި عَذَاب ވެއެވެ.

  14. 14

    يَوْمَ تَرْجُفُ ٱلْأَرْضُ وَٱلْجِبَالُ وَكَانَتِ ٱلْجِبَالُ كَثِيبًا مَّهِيلًا

    Yawma tarjuful ʹarḍu wal-Jibaalu wa-kaanatil jibaalu kas̤eebam maheelaa.

    ބިންގަނޑާއި ފަރުބަދަތައް قرار ކަމެއްނެތި ތެޅިގަންނަ ދުވަސް ހަނުދުމަފުޅު ކުރައްވާށެވެ! އެދުވަހަކީ ފަރުބަދަތައް ފައިއެޅީމާ ފައިބައިގަނެ ކަހައިލާ ޒާތުގެ މަޑު ވެލިފުނިފުންޏަށް ވާނޭ ދުވަހެވެ. (އެދުވަހުން އެކާފަރުންނަށް އިސްވެ ސިފަވެގެންވާ ގަދަ عَذَاب ހުންނަހުއްޓެވެ.)

  15. 15

    إِنَّآ أَرْسَلْنَآ إِلَيْكُمْ رَسُولًا شَـٰهِدًا عَلَيْكُمْ كَمَآ أَرْسَلْنَآ إِلَىٰ فِرْعَوْنَ رَسُولًا

    ʹInnaaa ʹarsalnaaa ʹilaykum Rasoolañ shaahidan ʻalaykum kamaaa ʹarsalnaaa ʹilaa Firʻawna Rasoolaa.

    (އޭ މީސްތަކުންނޭވެ!) ހަމަކަށަވަރުން فِرْعَوْنُ ގާތަށް رَسُولُ ބޭކަލަކު ފޮނުއްވި ފަދައިން ތިމަންރަސްކަލާނގެ ތިޔަބައިމީހުންގާތަށްވެސް رَسُولُ ބޭކަލަކު ފޮނުއްވައިފީމެވެ. (އެއީ محمد ﷺ އެވެ.) އެއީ قيامة ދުވަހުން ތިޔަބައިމީހުންގެ މައްޗަށް ހެކި ދެއްވާނެ ބޭކަލަކުކަމުގައެވެ.

  16. 16

    فَعَصَىٰ فِرْعَوْنُ ٱلرَّسُولَ فَأَخَذْنَـٰهُ أَخْذًا وَبِيلًا

    Faʻaṣaa Firʻawnur Rasoola faʹakhaẓnaahu ʹakhẓañw Wabeelaa.

    ދެން ފަހެ فِرْعَوْنُ އޭނާގާތަށް ފޮނުވުނު رَسُول އާ (موسى عليه السلام) އަށް އުރެދިއްޖެއެވެ. އެކަލޭގެފާނު ދޮގުކޮށްފިއެވެ. އެހެންވެ ތިމަންރަސްކަލާނގެ ގަދަފަދަވެގެންވާ ބާރު ހިތްޕެވުމަކުން އޭނާ يعني އެفِرْعَوْنُ ހިތްޕަވާ ހަލާކުކުރެއްވީމެވެ.

  17. 17

    فَكَيْفَ تَتَّقُونَ إِن كَفَرْتُمْ يَوْمًا يَجْعَلُ ٱلْوِلْدَٰنَ شِيبًا

    Fakayfa tattaq̣oona ʹiñ kafartum Yawmañy yajʻalul wildaana sheebaa―

    ފަހެ އެދުވަހެއްގެ ބިރުވެރިކަން ބޮޑުވެގެންގޮސް ކުޑަކުދިން ނުރަޖެހި މުސްކުޅިންނަށް ވާފަދަ ބިރުވެރި ދުވަހަކަށް ތިޔަބައިމީހުން ކާފަރުވެއްޖެއްޔާ ދެން ތިޔަބައިމީހުން ރައްކާތެރިވެ ސަލާމަތްވާނީ ކޮންފަދައަކުންހެއްޔެވެ. އެބަހީ ސަލާމަތެއްނުވެވޭނެއެވެ. ދަންނައެވެ. ކުޑަކުދިން ނުރަޖެހި މުސްކުޅިންނަށްވާ ވާހަކަ އެއީ ބިރުވެރިކަން ނިހާޔަތަށް ދިއުމަށް ބުނާބުނުމެވެ. والله أعلم.

  18. 18

    ٱلسَّمَآءُ مُنفَطِرٌۢ بِهِۦ ۚ كَانَ وَعْدُهُۥ مَفْعُولًا

    ʹAssamaaaʹu muñfaṭirum bih? Kaana waʻduhoo mafʻoolaa.

    އެދުވަހުން އުޑުވާނީ ފަޅަފަޅައިގެން ގޮސްފައެވެ. އެއީ އެދުވަހުގެ ބިރުވެރިކަމުންނާއި އަދި މަލާއިކަތްބޭކަލުން ފައިބާވަޑައިގެންނެވުމަށެވެ. އެދުވަހުން އެހެންވުމަކީ الله ވަޢުދުކުރައްވާފައިވާ ކަމެކެވެ. އަދިއެކަލާނގެ ވަޢުދުފުޅު އެއީ ހަމަކަށަވަރުން ވާނޭކަމެކެވެ. އެޔާއިމެދު ޝައްކެއްނެތެވެ.

  19. 19

    إِنَّ هَـٰذِهِۦ تَذْكِرَةٌ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلًا

    ʹInna haaẓihee Taẓkirah: famañ shaaaʹat takhaẓa ʹilaa Rabbihee Sabeelaa!

    ހަމަކަށަވަރުން ބިރުގަންނަވަނިވި މިއާޔަތްތަކަކީ وَعْظُ އާއި نَصِيْحَة އެކެވެ. (ހަނދާންކޮށްދެއްވުމެކެވެ.) ފަހެ އެމީހާގެ رَبُّ ގެ حَضْرَةُ އަށް ދިއުމަށް ސަލާމަތުގެ މަގެއް ހިފައި އިޚްތިޔާރު ކުރަން އެދޭމީހާ އެމަގު އަވަހަށް (މިދުނިޔޭގައި) ހޯދާހުށިކަމެވެ.

  20. 20

    ۞ إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَىٰ مِن ثُلُثَىِ ٱلَّيْلِ وَنِصْفَهُۥ وَثُلُثَهُۥ وَطَآئِفَةٌ مِّنَ ٱلَّذِينَ مَعَكَ ۚ وَٱللَّهُ يُقَدِّرُ ٱلَّيْلَ وَٱلنَّهَارَ ۚ عَلِمَ أَن لَّن تُحْصُوهُ فَتَابَ عَلَيْكُمْ ۖ فَٱقْرَءُوا۟ مَا تَيَسَّرَ مِنَ ٱلْقُرْءَانِ ۚ عَلِمَ أَن سَيَكُونُ مِنكُم مَّرْضَىٰ ۙ وَءَاخَرُونَ يَضْرِبُونَ فِى ٱلْأَرْضِ يَبْتَغُونَ مِن فَضْلِ ٱللَّهِ ۙ وَءَاخَرُونَ يُقَـٰتِلُونَ فِى سَبِيلِ ٱللَّهِ ۖ فَٱقْرَءُوا۟ مَا تَيَسَّرَ مِنْهُ ۚ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَقْرِضُوا۟ ٱللَّهَ قَرْضًا حَسَنًا ۚ وَمَا تُقَدِّمُوا۟ لِأَنفُسِكُم مِّنْ خَيْرٍ تَجِدُوهُ عِندَ ٱللَّهِ هُوَ خَيْرًا وَأَعْظَمَ أَجْرًا ۚ وَٱسْتَغْفِرُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ غَفُورٌ رَّحِيمٌۢ

    ʹInna Rabbaka yaʻlamu ʹannaka taq̣oomu ʹadnaa miñ s̤ulus̤ayil layli wa-niṣfahoo wa-s̤ulus̤ahoo wa-ṭaaaʹifatum minal laẓeena maʻak. Wal-laahu yuq̣addirul layla wannahaar. ʻAlima ʹal lañ tuḥṣoohu fataaba ʻalaykum faq̣raʹoo maa- tayassara minal Q̣urʹaan. ʻAlima ʹañ sayakoonu miñkum marḍaa wa-ʹaakharoona yaḍriboona fil ʹarḍi yabtag̣oona miñ Faḍlil laahi wa-ʹaakharoona yuq̣aatiloona fee Sabeelil laah. Faq̣raʹoo maa- tayassara minhu wa-ʹaq̣eemuṣ Ṣalaata wa-ʹaatuz Zakaata wa-ʹaq̣riḍul laaha Q̣arḍan Ḥasanaa. Wa-maa tuq̣addimoo liʹañfusikum min khayriñ tajidoohu ʻiñdal laahi huwa khyrañw waʹAʻz̤̣ama ʹAjraa. Wastag̣firul laah: ʹinnal laaha G̣afoorur Raḥeem.

    (އޭ رَسُولُ الله އެވެ!) ހަމަކަށަވަރުން ރޭގަޑުގެ ތިންބައިކުޅަދެބަޔަށްވުރެ ތަންކޮޅެއްމަދުންނާއި އަދި ރޭގަޑުގެ ދެބައިކުޅައެއްބައިގައްޔާއި އަދި ރޭގަޑުގެ ތިންބައިކުޅައެއްބައިގާ (މިވަރުވަރަށް) ކަލޭގެފާނާއި އަދި ކަލޭގެފާނުންގެ އަރިހުގައިވާ ބަޔަކު ރޭއަޅުކަން ކުރެއްވުމަށް (قيام اليل އަށް) ތެދުވެވަޑައިގަންނަވާކަން ހަމަކަށަވަރުން ކަލޭގެފާނުންގެ رَبُّ ދެނެވޮޑިގެންވެއެވެ. ރޭގަނޑާއި ދުވާލު މިންވަރުކުރައްވައި އެކަމުގެ حقيقة ތައް الله ދެނެވޮޑިގެންވެއެވެ. (އަދި ތިޔަބައިމީހުން ރޭގަނޑު ތެދުވެ އަޅުކަން ކުރައްވާ މިންވަރު އެކަލާނގެ ރަނގަޅަށް ދެނެވޮޑިގެންވެއެވެ.) އަދި ރޭގަޑާއި ދުވާލުގެ ވަގުތުތައް عدد ކޮށް މިންވަރު ކުރުމަށް ކަލޭމެންނަށް ކުޅަދާނަވެގެން ނުވާނެކަންވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ނުވަތަ އެމިންވަރަށް ރޭގަޑު އަޅުކަން ކުރުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެންނުވާނެކަންވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. - ފަހެ އެހެންވެ އެކަލާނގެ ތިޔަބައިމީހުންނަށް عَفوء ކުރައްވައި ލުއިކޮށްދެއްވައިފިއެވެ. (އެމިންވަރަށް ރޭއަޅުކަން ކުރުމަށް ބުރަވެއްޖެ ހިދެއްގައި އެކަން ލުއިކޮށްލުމުން ތިޔަބައިމީހުންނަކަށް ކުށެއްނެތެވެ. -ކުރީއޮތް އެބުރަކަމުން ލުޔަކަށް އެކަލާނގެ ބަދަލުކޮށްދެއްވިއެވެ.) ފަހެ قُرْآنން ކަލޭމެންނަށް ފަސޭހަމިންވަރެއް އަދި ފަސޭހަތަނެއް (ދަމު ނަމާދުގައިވެސް އަދި އެހެނިހެން ނަމާދުގައިވެސް) ކިޔަވާށެވެ. (ފަހެ إسلام دين ގެ ކުރީކޮޅުގައި ދަމު ނަމާދު واجب އަކަށްވެފައި އޮތުމަށްފަހު އެ ޙުކުމް ސުންނަތަކަށް ބަދަލުކުރެއްވީ މިއާޔަތުންނެވެ. އަދި صحّ حديث ން ވެސްމެއެވެ.) ތިޔަބައިމީހުންގެ ތެރޭގައި ބަލި މީހުންވެސް ތިބޭނެކަމާއި އަދި އެއްބަޔަކު ރިޒުޤު ހޯދުމަށްޓަކައި ދުވާލުގެ ވަގުތުތަކުގައި ބިމުގައި ދަތުރުފަތުރު ކުރާނޭކަމާއި އަދި އަނެއްބަޔަކުﷲ ގެމަގުގައި ހަނގުރާމަކުރާނޭކަމާއި މިމިކަންކަން ﷲދެނެވޮޑިގެންވެއެވެ. (އެމީސްމީހުންނަށް ރޭއަޅުކަން އެމިންވަރަށް ގެންދިއުންދަތިވާނެކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ.)\nފަހެ އެހުރިހާކަމަކަށްޓަކައި އެ قُرْآنން ކަލޭމެންނަށް ފަސޭހަމިންވަރެއް އަދި ފަސޭހަތަނެއް ކިޔަވާށެވެ. (މިބަސްފުޅުން މުރާދުކުރެވެނީ ކުޅަދާނަވާމިންވަރަށް ރޭއަޅުކަން ކުރުމެވެ.) ދެންކަލޭމެން فَرْضُ ނަމާދު ޤާއިމުކުރާށެވެ. އަދި ޒަކާތްދޭށެވެ. އަދި ﷲއަށް ރަނގަޅު ދަރަނިދެށެވެ. އެބަހީ ﷲގެމަގުގައި ހޭދަކުރާށެވެ. ފަހެ ހެޔޮކަމުގެތެރެއިން ކަލޭމެންއިސްކުރިކަމެއް އަދި ހޭދަކުރި صَدَقَة އެއް އަދިހެޔޮ ކޮންމެޢަމަލެއްވިޔަސް އެއެއްޗެއްގެދަރުމަޔާ ސަވާބު ﷲ ގެ حَضْرَةُ ގައި މާބޮޑުވެގެންވަނިކޮށް ކަލޭމެން ދެކޭނެއެވެ. އަދިފާފަފުއްސެވުމަށްއެދި ކަލޭމެން ﷲ ގެ حَضْرَةُ ގައި ދަންނަވާށެވެ! ހަމަކަށަވަރުން ﷲއީ ގިނަގިނައިން ފާފަފުއްސަވާ އަދި رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.