Back to Quran

ސޫރަތްތައް 71

Nuh

Noah · Makki · 28 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    إِنَّآ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦٓ أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌ

    ʹInnaaa ʹarsalnaa Nooḥan ʹilaa Q̣awmiheee ʹan ʹañẓir Q̣awmaka miñ q̣abli ʹañy yaʹtiyahum ʻAẓaabun ʹaleem,

    ހަމަކަށަވަރުން ތިމަންރަސްލާނގެ نُوْح عَلَيهِ السَلام އެކަލޭގެފާނުންގެ ޤައުމަށް ރަސޫލުކަމާއިގެން ފޮނުއްވީމެވެ. އަދި އެކަލޭގެފާނަށް އެންގެވީމެވެ. ކަލޭގެފާނުންގެ ޤައުމަށް އިންޒާރު ކުރައްވާށެވެ. (قِيامة ދުވަސް އައުމުގެ ބިރުވެރިކަމުގެ ޚަބަރު އެމީހުންނަށް ދެއްވާށެވެ.) އެއީ އެމީހުންނަށް ވޭންދެނިވި عَذاب އެއް އައުމުގެ ކުރިންނެވެ. އެބަހީ އޭގެ ކުރިން އެމީހުން އީމާންވެ الله އަށް شِرْك ނުކޮށް ރަނގަޅު ޞާލިޙު ބަޔަކަށް ވުމަށެވެ.

  2. 2

    قَالَ يَـٰقَوْمِ إِنِّى لَكُمْ نَذِيرٌ مُّبِينٌ

    Q̣aala yaa-Q̣awmi ʹinnee lakum Naẓeerum mubeen:

    އެކަލޭގެފާނު - އެބަހީ نُوْح عَلَيه السلام- އެކަލޭގެފާނުންގެ ޤައުމަށް ވިދާޅުވިއެވެ. ގޮވާލެއްވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނީ ކަލޭމެންގެ ގާތަށް އައި ނަޒީރަކީމެވެ. އެބަހީ عَذاب އަތުވެދާނެ ކަމުގެ ބިރުވެރިކަމުގެ ޚަބަރު ދިނުމަށްއައިމީހެކެވެ.

  3. 3

    أَنِ ٱعْبُدُوا۟ ٱللَّهَ وَٱتَّقُوهُ وَأَطِيعُونِ

    ʹAniʻ budul laaha wattaq̣oohu wa-ʹaṭeeʻoon:

    އެއީ ކަލޭމެން الله އަށް އަޅުކަންކުރާށޭ އަދި އެކަލާނގެއަށް ބިރުވެތިވާށެވެ. އަދި ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ! (މިހެން ގޮވާލުމަށެވެ.)

  4. 4

    يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَىٰٓ أَجَلٍ مُّسَمًّى ۚ إِنَّ أَجَلَ ٱللَّهِ إِذَا جَآءَ لَا يُؤَخَّرُ ۖ لَوْ كُنتُمْ تَعْلَمُونَ

    Yag̣fir lakum miñ ẓunoobikum wa-yuʹakhkhirukum ʹilaaa ʹAjalim Musammaa: ʹinna ʹAjalal laahi ʹiẓaa jaaaʹa laa- yuʹakhkhar, Law kuñtum taʻlamoon.

    އޭރުން އެކަލާނގެ ކަލޭމެންގެ ފާފައިގެ ތެރެއިން ބައެއް ފާފަ ފުއްސަވައި އަދި ކަނޑައެޅި ނަންކިއައިގެންވާ ވަކި ދުވަހަކަށް ކަލޭމެން ލަސްކުރަށްވާ ހުއްޓެވެ. ހަމަކަށަވަރުން الله ކަނޑައަޅުއްވައިފައިވާ ދުވަސް އަތުވެއްޖެއްޔާއި ދެން ލަސްފަސްވުމެއްނޯއްނާނެއެވެ. އެކަން ކަލޭމެންނަށް އެނގޭނެނަމައެވެ.

  5. 5

    قَالَ رَبِّ إِنِّى دَعَوْتُ قَوْمِى لَيْلًا وَنَهَارًا

    Q̣aala Rabbi ʹinnee daʻawtu Q̣awmee laylañw wanahaaraa:

    އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ رب އެވެ! ހަމަކަށަވަރުން މިއަޅާ މިއަޅާގެ ޤައުމަށް ދަޢްވަތު ދީފީމެވެ. ގޮވައިލައި تبليغ ކޮށްފީމެވެ. އެއީ ރޭގަނޑާއި ދުވާލުގައިވެސް މެއެވެ.

  6. 6

    فَلَمْ يَزِدْهُمْ دُعَآءِىٓ إِلَّا فِرَارًا

    Falam yazidhum duʻaaaʹeee ʹillaa firaaraa.

    އަދި މިއަޅާގެ ގޮވައިލެއްވުމުން އެމީހުން ފުރަގަސް ދިނުމާއި ފިލައަގެން ދިއުން މެނުވީ އިތުރެއް ނުކުރިއެވެ.

  7. 7

    وَإِنِّى كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوٓا۟ أَصَـٰبِعَهُمْ فِىٓ ءَاذَانِهِمْ وَٱسْتَغْشَوْا۟ ثِيَابَهُمْ وَأَصَرُّوا۟ وَٱسْتَكْبَرُوا۟ ٱسْتِكْبَارًا

    Wa-ʹinnee kullamaa daʻawtuhum litag̣fira lahum jaʻalooo ʹaṣaabiʻahum feee ʹaaẓaanihim wastag̣shaw s̤iyaabahum wa-ʹaṣarroo wastakbarus tikbaaraa,

    އަދި ހަމަކަށަވަރުން އިބަރަސްކަލާނގެ އެމީހުންގެ ފާފަ ފުއްސެވުމުގެ ސަބަބެއްކަމުގައިވާ އީމާން ކަމަށާއި ކިޔަމަންތެރި ކަމަށް މިއަޅާ އެމީހުންނަށް ގޮވައިލެއްވި ކޮންމެ ހިނދެއްގައި އެމީހުންގެ އިނގިލިތައް އެމީހުންގެ ކަން ފަތް ތަކުގެ މަތީގައި އަޅަނީއެވެ. އަދި އެމީހުންގެ ހެދުންތައް މުޅި ގައިގާ އޮޅާ މިއަޅާގެ އަޑު ނީވޭނެ ގޮތުން ނިވައި ވަނީއެވެ. އަދި އެކާފަރުކަންމަތީ އެމީހުން އެދެމިތިބެނީ އެވެ. އަދި އެމީހުން ކަނޑައެޅިގެން ބޮޑާވެ ކިބުރުވެރިވެ ގަންނަނީއެވެ.

  8. 8

    ثُمَّ إِنِّى دَعَوْتُهُمْ جِهَارًا

    S̤umma ʹinnee daʻawtuhum jihaaraa;

    ދެންފަހެ މިއަޅާ އެމީހުންނަށް ފައުޅުގައި ގޮވާލައިފީމުއެވެ.

  9. 9

    ثُمَّ إِنِّىٓ أَعْلَنتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارًا

    S̤umma ʹinneee ʹaʻlañtu lahum wa-ʹasrartu lahum ʹisraaraa,

    ދެންހަމަކަށަވަރުން މިއަޅާ އެމީހުންނަށް ބާރު އަޑުން ދަޢްވަތު އިޢްލާން ކޮށްފީމެވެ. އަދި ކަނޑައެޅިގެން ސިއްރު ސިއްރުން (އެކިއެކި މީހުން ވަކިވަކިން ގެނުވައިގެންވެސް) ދަޢްވަތު ދީފީމެވެ.

  10. 10

    فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا

    Faq̣ultus tag̣firoo Rabbakum; ʹinnahoo kaana G̣affaaraa;

    އަދި މިއަޅާ އެމީހުންނަށް ބުނީމެވެ. ކަލޭމެން ކަލޭމެން رب ގެ حَضْرَةُ ގައި ކަލޭމެންގެ ފާފަފުއްސެވުން އެދިދަންނަވާށެވެ. ހަމަކަށަވަރުން އެކަލާނގެ ވޮޑިގެންވަނީ ގިނަ ގިނައިން ފާފަ ފުއްސަވާ ކަލަކު ކަމުގައެވެ.

  11. 11

    يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا

    Yursilis samaaaʹa ʻalaykum midraaraa;

    އެކަލާނގެ ކަލޭމެންގެމައްޗަށް އުޑުންބޯވާރޭވެއްސަވާނެއެވެ. (އެބަހީ ފާފަ ފުއްސެވުމަށް އެދި ތައުބާވުމަކީ ވާރޭފެން ގިނަވެ މުއްސަދިވުމުގެ ސަބަބެކެވެ. އަދި އޭގެއިދިކޮޅު އިދިކޮޅެވެ.)

  12. 12

    وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّـٰتٍ وَيَجْعَل لَّكُمْ أَنْهَـٰرًا

    Wa-yumdidkum̃ biʹamwaaliñw wabaneena wa-yajʻal lakum Jannaatiñw Wa yajʻal lakum ʹanhaaraa.

    އަދި މުދަލާއި ދަރީނުން އެކަލާނގެކަލޭމެންނަށް މަދަދުކޮށް ދެއްވައެވެ. އެބަހީ ކަލޭމެންނަށް މުދަލާއި ދަރިން ދެއްވަނީވެސް ހަމައެކެލާނގެއެވެ. އަދި ބަގީތަކާއި މީރުފެނުގެކޯރުތައްވެސްކަލޭމެނަށް ލައްވައި ދެއްވީ ހަމައެކަލާނގެއެވެ. މިހުރިހައި نِعْمَةُ ގެ މުޤާބިލުގައި ކަލޭމެން އެކަލާނގެއަށް އީމާންވެ ޝުކުރުއަދާކުރާށެވެ. ޝުކުރު އަދާކުރުމަކީ އެކަލާނގެއަށް އީމާންވެ އެކަލާނގެއަށް އަޅުކަންކުރުމެވެ. އެކައްޗަކާވެސް އެކަލާނގެއާއި ޝަރީކު ނުކުރުމެވެ.

  13. 13

    مَّا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا

    Maa- lakum laa- tarjoona lillaahi wa-q̣aaraa,―

    (نوح عليه السّلام) އެކަލޭގެފާނުގެ ޤައުމާ މުޚާތަބުކުރައްވައި ވިދާޅުވިއެވެ.) ކަލޭމެން الله އަށް މާތްކޮށް ހިތައި އެކަލާނގެ މާތް ވަންތަ ކަމާއި عظمة ގެ ބޮޑުކަމަށް ކަލޭމެން ބިރުވެތި ނުވާންވީ ކޮން ކަމަކާ ހެދި ހެއްޔެވެ. ކަލޭމެން ނަށް އޮތީ ކޮން ޢުޛުރެއް ހެއްޔެވެ.

  14. 14

    وَقَدْ خَلَقَكُمْ أَطْوَارًا

    Wa-q̣ad khalaq̣akum ʹaṭwaaraa?

    ހަމަކަށަވަރުން އެކަލާނގެ ކަލޭމެން ހެއްދެވީ އެތައް ޙާލު ތަކެއްގެ ތެރޭގައެވެ. އެތަކެއް ދައުރުގެ ތެރޭގައެވެ. (މަނި ފޮދުވަރަކުން - ލޭކޮޅަކުން - މަސްކޮޅަކުން - ކަށިކޮޅަކުން މިހެންގޮސް ކަލޭމެންގެ ހެއްދެވުން ފުރިހަމަވަންދެން އެކަލާނގެ ހެއްދެވިއެވެ. މިފަދަ ފުރިހަމަކޮށް އަޖާބުވާފަދަ ރީތި ގޮތަކަށް މިހާ ކުޅަދާނަކޮށް މި އިންސާނާ ހެއްދެވި ފަރާތަށްފަހެ ބިރުވެތިވެ ޢިޙްތިރާމު ކޮށް މާތްކޮށް ހިތުން ޙައްޤު ނުވޭބާވައެވެ؟)

  15. 15

    أَلَمْ تَرَوْا۟ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَـٰوَٰتٍ طِبَاقًا

    ʹAlam taraw kayfa khalaq̣al laahu sabʻa samaawaatiñ ṭibaaq̣aa,

    އަޅެ ފަހެ الله تعالى ހަތް އުޑު އެކަތި އަނެކެތި މައްޗަށް ވާ ގޮތަށް ހައްދަވާފައި ވަނީ ކޮންފަދައަކުންކަން (ކޮންފަދަ ބަދަހި ފުރިހަމަ ނިޟާމެއްގެ މަތީގައިކަން) ކަލޭމެން ނުދެކެނީހެއްޔެވެ؟ އެކަންކަމަށް ބަލައި އެކަންކަމުން އެކަލާނގެ ޤުދުރަތްތެރިވަންތަކަމުގެ ދަލީލު ނުލިބެނީހެއްޔެވެ؟

  16. 16

    وَجَعَلَ ٱلْقَمَرَ فِيهِنَّ نُورًا وَجَعَلَ ٱلشَّمْسَ سِرَاجًا

    Wa-jaʻalal q̣amara feehinna noorañw wajaʻalash shamsa Siraajaa?

    އަދި އެ އުޑުތަކުގައި އަލިކުރާނެ ނޫރެއްކަމުގައި ހަނދު ލައްވައި އިރު ބައްތިއެއްކަމުގައި އެކަލާނގެ ލެއެވިއެވެ.

  17. 17

    وَٱللَّهُ أَنۢبَتَكُم مِّنَ ٱلْأَرْضِ نَبَاتًا

    Wallaahu ʹambatakum minal ʹarḍi nabaataa,

    އަދި ތިޔަބައިމީހުން ބިމުން އުފައްދަވައި އެތަނުން ނެރުއްވީ ހަމަ الله އެވެ. (އެބަހީ ތިޔަބައިމީހުން އަސްލުކަމުގައިވާ އާދަމްގެފާނު الله ހެއްދެވީ ވެލިންނެވެ.)

  18. 18

    ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًا

    S̤umma yuʻeedukum feehaa wa-yukhrijukum ʹikhraajaa?

    ދެން އެކަލާނގެ ތިޔަބައިމީހުން މަރުވުމަށްފަހު އެ ބިމަށް ރުޖޫޢަ ކުރައްވާނެއެވެ. އަދި ޤިޔާމަތް ދުވަހުން އަލުން އަނެއްކާވެސް ކަނޑައެޅިގެން އެކަލާނގެ ތިޔަބައިމީހުން އެބިމުން ނެރުއްވާނެއެވެ.

  19. 19

    وَٱللَّهُ جَعَلَ لَكُمُ ٱلْأَرْضَ بِسَاطًا

    Wallaahu jaʻala lakumul ʹarḍa bisaaṭaa,

    އަދި الله تعالى ތިޔަބައި މީހުންނަށްޓަކައި އިށީނދެ އޮށޭވެ އަދި ހިނގާބިނގާވެ އުޅުމަށްޓަކައި ދޫލައެއްކަމުގައި ތަންމަށްޗެއްކަމުގައި ބިންގަނޑު ލެއްވިއެވެ.

  20. 20

    لِّتَسْلُكُوا۟ مِنْهَا سُبُلًا فِجَاجًا

    Litaslukoo minhaa subulañ fijaajaa.

    އެއީ ތިޔަބައިމީހުން އެތަނުން ބޮޑެތި އަދި ތަނަވަސް މަގުތައް އިޚްތިޔާރުކޮށް ހެދުމަށްޓަކައެވެ.

  21. 21

    قَالَ نُوحٌ رَّبِّ إِنَّهُمْ عَصَوْنِى وَٱتَّبَعُوا۟ مَن لَّمْ يَزِدْهُ مَالُهُۥ وَوَلَدُهُۥٓ إِلَّا خَسَارًا

    Q̣aala Nooḥur Rabbi ʹinnahum ʻaṣawnee wattabaʻoo mal lam yazidhu maaluhoo wa-waladuhooo ʹillaa khasaaraa.

    نوح عليه السّلام ދެންނެވިއެވެ. އޭ އަޅުގެ رب އެވެ! ހަމަކަށަވަރުން އެމީހުން މިއަޅާއަށް އުރެދިއްޖެއެވެ. އެމީހުން އެ އުރެދުންމަތީ ދެމިތިބިއްޖެއެވެ. އަދި އެމީހުން تبع ވީ އެމީހުންގެ މުދަލާއި ދަރީންނުން ގެއްލުމާއި ހަލާކު މެނުވީ އިތުރު ނުކޮށްދޭބަޔަކާއެވެ. (އެބަހީ އެމީހުންގެ ދެރަވަރު މީހުން ތަބާވީ އެމީހުންގެތެރޭގައިތިބި ބޮޑެތި އަދި ކަމުވޮށިވެގެންވާމީހުންނާއި މުއްސަދިންނާއެވެ.)

  22. 22

    وَمَكَرُوا۟ مَكْرًا كُبَّارًا

    Wa-makaroo Makrañ kubbaaraa.

    އަދި އެމީހުން ވަރަށް ބޮޑުވެގެންވާ މަކަރުހަދައިފިއެވެ. (އެމީހުން ހެދިމަކަރަކީ ރަށުގައިތިބި މޮޔަޖާހިލުން نوح عليه السّلام ގެމައްޗަށް ފާކުރެއްވުމެވެ. އެމީހުން އެކަލޭގެފާނަށް ފާޑުފާޑުގެ ދިމާކުންތައް ދިމާކުރުންވެއެވެ. އަދި މުދާވެރި މަތީމީހުން ފަޤީރުންނަށް އޮޅުވާ ހެއްލުންތެރި ކުރުންވެއެވެ. އަދިވެސް އެތައްކަމެކެވެ.

  23. 23

    وَقَالُوا۟ لَا تَذَرُنَّ ءَالِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا

    Waq̣aaloo laa- taẓarunna ʹaalihatakum wa-laa taẓarunna Waddañw Walaa Suwaaʻaa, wa-laa Yag̣oos̤a wa-Yaʻooq̣a wa-Nasraa;―

    އަދި އެމީހުންގެ ބޮޑެތިމީހުން ބުނެއެވެ. ކަލޭމެން ކަލޭމެން އަޅުކަންކުރާބުދުތައް ދޫނުކުރާށެވެ. وَدُّ އާއި سُوَاعُ އާއި يَغُوْثُ އާއި يَعُوْقُ އާއި އަދި نَسْرُ އާއި މިބުދުތައް ދޫނުކުރާށެވެ. މިތަކެއްޗަށް އަޅުކަންކުރާށެވެ.\n(މިނަންތަކަކީ އޭރު އެޤައުމުގައި އަޅުކަންވެވެމުންއައި ބޮޑެތި ބުދުތަކުގެނަންތަކެވެ. އަސްލުގައި އެއީ ފަސްމީހުންގެ ފަސްނަމެވެ. އެނަންތައް ބުދުގެނަންނަމަށް ބަދަލުވީގޮތް حَدِيْث ފޮތްފޮތުން ފެންނަން އެބަހުއްޓެވެ. އެއީދިގުބަޔާނަކަށްވާތީ އެވާހަކަ އެހެންފުރުސަތެއްގަ ދެންނެވުމަށްބާއްވަމެވެ.) (އެވާހަކަ އަހުރެންލިއުނު تَوْحِيْيد ފޮތް "دُرُوْس مِنَ التَّوْحِيْد" ގައިބަޔާންކޮށްފައި ވާނެއެވެ.)

  24. 24

    وَقَدْ أَضَلُّوا۟ كَثِيرًا ۖ وَلَا تَزِدِ ٱلظَّـٰلِمِينَ إِلَّا ضَلَـٰلًا

    Wa-q̣ad ʹaḍalloo kas̤eeraa; wa-laa tazidiz̤̣ z̤̣aalimeena ʹillaa ḍalaalaa.

    އަދިހަމަކަށަވަރުން އެޤައުމުގެ ބޮޑެތިކާފަރުން މަގުފުރެދިގެން ތިބެމެ ވަރަށްގިނަ އާދައިގެމީހުން މަގުފުރެއްދިއެވެ. އަދި އެއަނިޔާވެރި މުޝްރިކުންނަށް މަގުފުރެދުންނޫނީ އިތުރުނުވިއެވެ.

  25. 25

    مِّمَّا خَطِيٓـَٔـٰتِهِمْ أُغْرِقُوا۟ فَأُدْخِلُوا۟ نَارًا فَلَمْ يَجِدُوا۟ لَهُم مِّن دُونِ ٱللَّهِ أَنصَارًا

    Mimmaa khaṭeeeʹaatihim ʹug̣riq̣oo faʹudkhiloo Naaraa: falam yajidoo lahum miñ doonil laahi ʹañṣaaraa.

    އެމީހުންގެ ކުށްފާފަތަކުގެސަބަބުން طُوْفَانُ ގައި އެމީހުން މަރުވެގެން ދިޔައީއެވެ. ދެން އޭގެފަހުގައި އެމީހުން އަލިފާނަށް ވެއްދޭނެއެވެ. (ބުނެވެނީ އެއީ بَرْزَخ ގެ عَالَم ގައި قِيَامَة ވުމުގެ ކުރީން އެމީހުން ވެއްދެވޭ އަލިފާނެއްކަމުގައެވެ. އަދި قِيَامَة ދުވަހުން ގަދައަލިފާނަށް އެމީހުން ވެއްދެވޭނެއެވެ. މިގޮތުގެ މައްޗަށް ދަލީލުކުރާއާޔަތްތައް އެބަހުއްޓެވެ. وَالله أَعْلَم...) އަދި الله ފިޔަވައި އެހެން އެއްވެސް نَصْرُ ވެރިޔަކު، އަދި މަދަދުގާރަކު އެމީހުނަކަށް ނުފެނުނެވެ.

  26. 26

    وَقَالَ نُوحٌ رَّبِّ لَا تَذَرْ عَلَى ٱلْأَرْضِ مِنَ ٱلْكَـٰفِرِينَ دَيَّارًا

    Wa-q̣aala Nooḥur Rabbi laa- taẓar ʻalal ʹarḍi minal kaafireena dayyaaraa!

    އަދި نوح عليه السّلام ދެންނެވިއެވެ. އޭ އަޅުގެ رب އެވެ! ކާފަރުންގެ ތެރެއިން ގެއަކު ދިރި އުޅޭނެ އެކަކުވެސް ބިންމަތީގައި ނުބަހައްޓަވާންދޭވެ! އެބަހީ އެންމެހާ ކާފަރުން ހަލާކު ކުރައްވާ މަރުއްވާނދޭވެ!

  27. 27

    إِنَّكَ إِن تَذَرْهُمْ يُضِلُّوا۟ عِبَادَكَ وَلَا يَلِدُوٓا۟ إِلَّا فَاجِرًا كَفَّارًا

    ʹInnaka ʹiñ taẓarhum yuḍilloo ʻibaadaka wa-laa yalidooo ʹillaa faajirañ kaffaaraa.

    (نوح عليه السّلام ދެންނެވިއެވެ. އޭ އަޅުގެ رب އެވެ!) އިބަރަސްކަލާނގެ އެކާފަރުންގެ މީހުން ބިންމަތީގައި އުޅުމަށް ދޫކުރައްވައިފިނަމަ އިބަރަސްކަލާނގެ މުއުމިނު އަޅުތަކުންގެ ވަރަށް ގިނަ ބަޔަކު އެމީހުން މަގުފުރައްދާ ޙައްޤު މަގުން ދުރުކުރާނެއެވެ. އަދި އެމީހުންގެ ތެރެއަށް ނުބައިނުލަފާ އަދި ކާފަރުކަން ގަދަ ކާފަރުން ނޫނީ ނުއުފެދޭނެއެވެ.

  28. 28

    رَّبِّ ٱغْفِرْ لِى وَلِوَٰلِدَىَّ وَلِمَن دَخَلَ بَيْتِىَ مُؤْمِنًا وَلِلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ وَلَا تَزِدِ ٱلظَّـٰلِمِينَ إِلَّا تَبَارًۢا

    Rabbig̣ fir lee wa-li-waalidayya wa-limañ dakhala baytiya Muʹminañw Walil-Muʹmineena wal-Muʹminaat: wa-laa tazidiz̤̣ z̤̣aalimeena ʹillaa tabaaraa!

    އޭ އަޅުގެ رب އެވެ!މިއަލާއަށާއި މިއަޅާގެ މައިންބަފައިންނަށާއި އަދި މިއަޅާގެ ގެއަށް - ނުވަތަ މިއަޅާގެ މިސްކިތަށް - އީމާން ވެގެންވާ ޙާލު ވަތް ކޮންމެ މުއުމިނަކަށާއި އަދި އެންމެހާ މުއުމިނު ފިރިހެނުންނަށާއި އަދި އެންމެހާ މުއުމިނު އަންހެނުންނަށް ވެސް ފާފަ ފުއްސަވާނދޭއެވެ! އަދި އަނިޔާވެރިންނަށް / مُشْرِكُ ންނަށް ގެއްލުމާއި ހަލާކުމެނުވީ އިތުރު ނުކުރައްވާދޭވެ.