-
1
تَبَـٰرَكَ ٱلَّذِى بِيَدِهِ ٱلْمُلْكُ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Tabaarakal laẓee bi-Yadihil MULK; wa-Huwa ʻalaa kulli shayʹiñ Q̣adeer:―
އެކަލާނގެ އަތްޕުޅުގައި - ނުވަތަ އެކަލާނގެ ބާރުގެދަށުގައި - އެންމެހާ މިލްކެއްވާ ކަލާނގެ ބަރަކާތް ވަންތަ ވެވޮޑިގެންވެއެވެ. ހެޔޮތަށް ގިނަވެގެންވެއެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެން ވާ ކަލާނގެއެވެ.
-
2
ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ
ʹAllaẓee khalaq̣al Mawta wal-Ḥayaata liyabluwakum ʹayyukum ʹaḥsanu ʻamalaa; wa-Huwal ʻAzeezul G̣afoor;―
އެކަލާނގެއީ މަރުވުމާއި އަދި ދިރުން ހެއްދެވި ކަލާނގެއެވެ. އެބަހީ ދުނިޔޭގައި މަރުވުމަށްފަހު އަލުން آخِرة ދުވަހަށް ދިރުއްވާ ކަލާނގެއެވެ. އެއީ ތިޔަބައިމީހުން އިމްތިޙާނު ކުރުވައި ތިޔަބައި މީހުންކުރެ ޢަމަލު ކުރުމުގައި އެންމެ ރަނގަޅީ ކާކަން އެކަލާނގެ ދެނެވޮޑިގެންވާކަން ހާމަކުރެއްވުމަށެވެ. އެކަން ތަޙްޤީޤު ކުރައްވައިދެއްކެވުމަށްޓަކައެވެ. އަދި އެކަމުގެ ޖަޒާ ދެއްވުމަށެވެ. އަދި އެކަލާނގެއީ ގަދަފަދަ ވަންތަ އަދި ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.
-
3
ٱلَّذِى خَلَقَ سَبْعَ سَمَـٰوَٰتٍ طِبَاقًا ۖ مَّا تَرَىٰ فِى خَلْقِ ٱلرَّحْمَـٰنِ مِن تَفَـٰوُتٍ ۖ فَٱرْجِعِ ٱلْبَصَرَ هَلْ تَرَىٰ مِن فُطُورٍ
ʹAllaẓee khalaq̣a sabʻa samaawaatiñ ṭibaaq̣aa: maa- taraa fee Khalq̣ir Raḥmaani miñ tafaawut. Farjiʻil baṣara hal taraa miñ fuṭoor?
އެކަލާނގެއީ އެއްއުޑުގެ މަތީ އަނެއް އުޑު ވާނޭ ގޮތުން މަތިމައްޗައް ހަތް އުޑު ހެއްދެވި ކަލާނގެއެވެ. އަދި رَحْمَن ވަންތަކަލާނގެ އުފެއްދެވުމުގައި އެއްވެސް ހަމަނުޖެހުމެއް އުނިކަމެއް އަދިއެއްވެސް ތަފާތު ކަމެއްވާތީ ކަލޭ ނުދެކޭނެއެވެ. އަޅެ ކަލޭގެ ލޯ ރަނގަށް ހިންގައި އެއިން އުޑެއްގައި އެއްވެސް ރެނދެއް އަދި ފެޅުމެއް ފޫވެއްޓުމެއްވޭތޯ ރަނގަޅަށް ބަލައިބަލާށެވެ.
-
4
ثُمَّ ٱرْجِعِ ٱلْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ ٱلْبَصَرُ خَاسِئًا وَهُوَ حَسِيرٌ
S̤ummar jiʻil baṣara karratayni yañq̣alib ʹilaykal baṣaru khaasiʹañw wahuwa ḥaseer.
އަދި ތަކުރާރުކޮށް ދެވަނަ ފަހަރަށްވެސް ލޯހިންގައިބެލީމާވެސް އެއިން ބާކޮޅެއް ރޮނގެއް ނުފެނުމުގެސަބަބުން ކަލޭގެ نَظَرُ ކަލޭގެ ގާތަށް އެނބުރިދާނީ ދެރަވެ ނިކަމެތިވެ ވަރުބަލި ވެގެންވާ ޙާލުގައެވެ. އެބަހީ އެއްވެސް ގޮތަކުން ރޮނގެއް، ބާކޮޅެއް ފޫވެއްޓުމެއް ނުހުންނާނެއެވެ.
-
5
وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَـٰبِيحَ وَجَعَلْنَـٰهَا رُجُومًا لِّلشَّيَـٰطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ
Wa-laq̣ad zayyannas samaaaʹad dunyaa bimaṣaabeeḥa wa-jaʻalnaahaa rujoomal lishshayaaṭeeni wa-ʹaʻtadnaa lahum ʻaẓaabas Saʻeer.
އަދި ހަމަކަށަވަރުން ދުނިޔެއާއި އެންމެގާތުގައިވާއުޑު ބައްތިތަކަކުން ތިމަންރަސްކަލާނގެ ޒީނަތްތެރި ކުރެއްވީމެވެ. އެބަހީ ތަރިތަކުން ޒީނަތްތެރި ކުރެއްވީމެވެ. އެތަރިތަކަކީ އުޑުން ވައްކަންކުރާ شَيْطَان ގައިގާ ޖެހެވޭ އެއްޗެއްކަމުގައިވެސް ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި آخِرة ދުވަހުން އެސޮރުމެންނަށް ގަދަ އަލިފާނުގެ عَذَاب އެއް ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.
-
6
وَلِلَّذِينَ كَفَرُوا۟ بِرَبِّهِمْ عَذَابُ جَهَنَّمَ ۖ وَبِئْسَ ٱلْمَصِيرُ
Wa-lillaẓeena kafaroo bi-Rabbihim ʻAẓaabu Jahannam: wa-biʻsal maṣeer.
އަދި ކާފަރުވީ މީސްތަކުންނަށް އެބައިމީހުންގެ رَبُّ ގެ حَضْرَةُ ގައި ހުރީ ނަރަކައިގެ ޢަޒާބެވެ. އެއީ ގޮސްތިބުން ނުބައިވެގެންވާ ތަނެކެވެ.
-
7
إِذَآ أُلْقُوا۟ فِيهَا سَمِعُوا۟ لَهَا شَهِيقًا وَهِىَ تَفُورُ
ʹIẓaaa ʹulq̣oo feehaa samiʻoo lahaa shaheeq̣añw wahiya tafoor,―
އެނަރަކައިގެ ތެރެއަށް އެބައިމީހުން އުކައިލެވިއްޖެއްޔާ އެނަރަކައިގެތެރެއިން ހިމާރު ހަޅޭލަވައި ގަންނަކަހަލަ ނުބައިއަޑުފަށްގަޑެއް އެމީހުން އަހާނެއެވެ. އޭރު އެނަނަރަކައޮންނާނީ މީސްތަކުންނާއި އެކު ކެކިކެކި އެވެ.
-
8
تَكَادُ تَمَيَّزُ مِنَ ٱلْغَيْظِ ۖ كُلَّمَآ أُلْقِىَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَآ أَلَمْ يَأْتِكُمْ نَذِيرٌ
Takaadu tamayyazu minal g̣ayz̤̣: kullamaaa ʹulq̣iya feehaa fawjuñ saʹalahum khazanatuhaaa ʹalam yaʹtikum Naẓeer?
އެނަރަކައެމީހުން ދެކެ ރުޅިއަރައިގަނެގެން ކުދިކުދިވާން ގާތްވެގެންވެއެވެ. އަދި އޭގެތެރެއަށް ނަރަކަވަންތަވެރިންގެ ފައުޖެއް އަޅައިލެވޭ ކޮންމެހިދެއްގައި އެނަރަކަ ބަލަހައްޓަންތިއްބަވާ ޒަބާނިއްޔަ މަލާއިކަތް ބޭކަލުން އެމީހުންނާއި ސުވާލުކުރައްވާނެއެވެ. އެބޭކަލުން ވިދާޅުވާނެއެވެ. ކަލޭމެންގެ ގާތަށް ފަހެ (މިތަނާއިމެދު) ބިރުގަންނަވާނޭ ބޭކަލަކު ވަޑައި ނުގަންނަވަނީ ހެއްޔެވެ؟
-
9
قَالُوا۟ بَلَىٰ قَدْ جَآءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ ٱللَّهُ مِن شَىْءٍ إِنْ أَنتُمْ إِلَّا فِى ضَلَـٰلٍ كَبِيرٍ
Q̣aaloo balaa q̣ad jaaaʹanaa Naẓeer; fakaẓẓabnaa waq̣ulnaa maa- nazzalal laahu miñ shayʹ: ʹin ʹañtum ʹillaa fee ḍalaaliñ kabeer!
އެމީހުން ދަންނަވާނެއެވެ. ނޫނެކެވެ ރަސޫލުބޭކަލުން ވަޑައިގެންނެވިއެވެ. ނަމަވެސް އަހުރެމެން އެބޭކަލުން ދޮގުކުރީއެވެ. އަދިއަހުރެމެން އެބޭކަލުންނަށް ދެންނެވީ الله އެއްވެސް އެއްޗެއް ބާވާތްނުލައްވާކަމުގައެވެ. އަދިކިއެއްހެއްޔެވެ. ތިޔަބޭކަލުން ތިޔަވަނީ ބަޔާންވެގެންވާ ބޮޑުމަގުފުރެދުމެއްގައެވެ.
-
10
وَقَالُوا۟ لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِىٓ أَصْحَـٰبِ ٱلسَّعِيرِ
Wa-q̣aaloo law kunnaa nasmaʻu ʹaw naʻq̣ilu maa- kunnaa feee ʹAṣḥaabis Saʻeer!
އަދިއެމީހުން އެނަރަކައިގާ ތިބެގެން ބުނާނެއެވެ. އަހުރެމެންވެސް އެބޭކަލުންގެބަސް އަހައި ވިސްނައިގެން ސިކުނޑީގެ ބޭނުންކޮށްގެން ދުނިޔޭގައި އުޅުނުނަމަ އަލިފާނުގެ އެކުވެރިންކަމުގައިވެގެން އޭގެތެރޭގައި މިއަދު ތިބޭކަށްނުޖެހުނީހެވެ. (އެކަމަކު އޭރުދެން އެއީ ހަމަހުސްނަމައެކެވެ.)
-
11
فَٱعْتَرَفُوا۟ بِذَنۢبِهِمْ فَسُحْقًا لِّأَصْحَـٰبِ ٱلسَّعِيرِ
Faʻtarafoo biẓambihim: fasuḥq̣al liʹAṣḥaabis Saʻeer!
ދެންފަހެ އެމީހުން އެމީހުންގެ ފާފައަށް إعْتِرَافُ ވާނެއެވެ. ނަމަވެސް الله އާއި އެކަލާނގެ رَحْمَة އެމީހުންނާއިހުރިދުރުކަމާއެވެ! (اللهُمَّ أَجِرْنَا مِنَ النَّارِ... آمِيْن)
-
12
إِنَّ ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ
ʹInnal laẓeena yakhshawna Rabbahum̃ bilg̣aybi lahum Mag̣firatuñw WaʹAjruñ kabeer.
ހަމަކަށަވަރުން غَيْبُ ގައި ވޮޑިގެންވާ އެބައިމީހުންގެ رَبُّ އަށް ބިރުވެތިވިމީސްތަކުން ނަށް އެކަލާނގެ حَضْرَةُ ން ފާފަ ފުއްސެވުމާއި ބޮޑުވެގެންވާ ދަރުމަވެއެވެ. އެއީ ނިޢްމަތްތަކު ގެވެރި ސުވަރުގެއެވެ.
-
13
وَأَسِرُّوا۟ قَوْلَكُمْ أَوِ ٱجْهَرُوا۟ بِهِۦٓ ۖ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ
Wa-ʹasirroo q̣awlakum ʹawij haroo bih; ʹinnahoo ʻAleemum biẓaatiṣ ṣudoor.
(އޭމީސްތަކުންނޭވެ!) ކަލޭމެން ބަސްބާރަށް ބުނެ އަޑުހަރުކުރުމެކޭ އަދި އަޑު މަޑުކޮށް ސިއްރުން ބަސްބުނުމެކޭ އެކަލާނގެ حَضْرَةُ އަށް ހަމަހަމަވެގެންވެއެވެ. ހަމަކަށަވަރުން ހިތްތަކުގެ އަޑީގައި ވާހާ ތަކެއްޗަށް ދާނދެން އެކަލާނގެ ދެނެވޮޑިގެންވެއެވެ.
-
14
أَلَا يَعْلَمُ مَنْ خَلَقَ وَهُوَ ٱللَّطِيفُ ٱلْخَبِيرُ
ʹAlaa yaʻlamu man khalaq̣? Wa-Huwal Laṭeeful Khabeer.
އެންމެހައި ތަކެތި ހެއްދެވި ކަލަކަށް އެތަކެތީގެ ސިއްރު ނޭގޭނޭ ހެއްޔެވެ؟ އެކަލާނގެއީއެކަލާނގެ ދެނެވޮޑިގަތުން ނުހަނުތަނަވަސްވެ ވޮޑިގެންވާ އަދި އެންމެހައި ޚަބަރުތައް ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
15
هُوَ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ ذَلُولًا فَٱمْشُوا۟ فِى مَنَاكِبِهَا وَكُلُوا۟ مِن رِّزْقِهِۦ ۖ وَإِلَيْهِ ٱلنُّشُورُ
Huwal laẓee jaʻala lakumul ʹarḍa ẓaloolañ famshoo fee manaakibihaa wa-kuloo mir rizq̣ih: wa-ʹilayhin Nushoor.
އަދި ކަލޭމެނަށްޓަކައި ބިންގަނޑު ނުހަނު ފަސޭހަ ކިޔަމަންތެރި ތަނެއްކަމުގައި ހެއްދެވީވެސް އެކަލާނގެއެވެ. ފަހެ ކަލޭމެން އެބިމުގެ އެކިފަރާތް ފަރާތުގައި ހިގާބިނގާވެ ހަދައިބަލާށެވެ. އަދި އެތާގައިވާ ރިޒުޤުން ނުވަތަ އެކަލާނގެ ދެއްވި ރިޒުޤުން ކަލޭމެން ކައިބޮއި ހަދާށެވެ! އަދި ކަލޭމެން އެނބުރި مَحْشَرُ އަށް ޖަމާކުރެއްވުން ވަނީވެސް ހަމައެކަލާނގެ حَضْرَةُ އަށެވެ.
-
16
ءَأَمِنتُم مَّن فِى ٱلسَّمَآءِ أَن يَخْسِفَ بِكُمُ ٱلْأَرْضَ فَإِذَا هِىَ تَمُورُ
ʹA-ʹamiñtum mañ fis Samaaaʹi ʹañy yakhsifa bikumul ʹarḍa faʹiẓaa hiya tamoor?
ކަލޭމެން ފަހެ ތިޔަތިބީ އުޑުގައިވާ ކަލާނގެ ކަލޭމެންނާއިގެން ބިންގަނޑު ގަންބަވައި ނުގަންނަވާނެކަމާއިމެދު އަމާންވެގެން ހެއްޔެވެ؟ އަދި އެބިންގަނޑު ގަންބަވައިގެންފިނަމަ އެބިންގަނޑު ދެން ޙަރަކާތްތެރިވެ ބޭޤަރާރުވެދާނެއެވެ.
-
17
أَمْ أَمِنتُم مَّن فِى ٱلسَّمَآءِ أَن يُرْسِلَ عَلَيْكُمْ حَاصِبًا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ
ʹAm ʹamiñtum mañ fis Samaaaʹi ʹañy yursila ʻalaykum ḥaaṣibaa? Fasataʻlamoona kayfa naẓeer.
ނުވަތަ ކަލޭމެން ތިޔަތިބީ އުޑުގައިވާ ކަލާނގެ ކަލޭމެންގެ މައްޗަށް އުޑުން ހިލަތަކެއްފޮނުއްވުމާއިމެދު އަމާންވެގެން ހެއްޔެވެ؟ އޭރުން އެބަހީ ހިލަތަކެއްފޮނުއްވައިފީ ވިއްޔާ އޭރުން ދެން ތިމަންރަސްކަލާނގެ އިންޒާރާއި ބިރުގެންނެވުންހުރީ ކޮންފަދައަކުން ކަން ނިކަންހުރެ ކަލޭމެންނަށް އެގިދާނެއެވެ.
-
18
وَلَقَدْ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ فَكَيْفَ كَانَ نَكِيرِ
Wa-laq̣ad kaẓẓabal laẓeena miñ q̣ablihim fakayfa kaana nakeer?
އަދި ހަމަކަށަވަރުން އެމީހުންގެ ކުރީގެމީހުން (ރަސޫލު ބޭކަލުން) ދޮގުކުރިއެވެ. އެމީހުންގެމައްޗަށް ތިމަންރަސްކަލާނގެ އިންކާރު އަދި ތިމަންރަސްކަލާނގެ ކޯފާވީކޮންފަދައަކުން ހެއްޔެވެ؟ އެމީހުންގެމައްޗަށް އެކަންކަން ވެގެންދިޔައީ ބިރުހުރި އަދި ނުރައްކާތެރި ކަންތައްތައްކަމުގައެވެ.
-
19
أَوَلَمْ يَرَوْا۟ إِلَى ٱلطَّيْرِ فَوْقَهُمْ صَـٰٓفَّـٰتٍ وَيَقْبِضْنَ ۚ مَا يُمْسِكُهُنَّ إِلَّا ٱلرَّحْمَـٰنُ ۚ إِنَّهُۥ بِكُلِّ شَىْءٍۭ بَصِيرٌ
ʹAwalam yaraw ʹilaṭ ṭayri fawq̣ahum ṣaaaffaatiñw Wayaq̣biḍn? Maa- yum-siku-hunna ʹillar Raḥmaan: ʹinnahoo bikulli shayʹim Baṣeer.
އެމީހުން ފަހެ އެމީހުންގެ މަތީ ފިޔަހުޅުވައި ފަތުރައިގެން ނާއި އަދި ފިޔަ މޯޅިކޮށްގެންއެވާ ދޫނިތަކަށް ނުބަލަނީ ހެއްޔެވެ؟ އެތަކެތި ބިންމައްޗަށް ވެއްޓުނަނުދީ އެހިފަހައްޓަވަނީ رَحْمَن ވަންތަ ކަލާނގެ ފިޔަވައި އެހެން މީހެއްނޫނެވެ. (އެސޮރުމެން އެހިފަހައްޓަވަނީ ހަމައެކަލާނގެއެވެ. ހަމަކަށަވަރުން އެކަލާނގެ ހުރިހާއެއްޗަކަށް ބައްލަވާ ވޮޑިގެންވެއެވެ.
-
20
أَمَّنْ هَـٰذَا ٱلَّذِى هُوَ جُندٌ لَّكُمْ يَنصُرُكُم مِّن دُونِ ٱلرَّحْمَـٰنِ ۚ إِنِ ٱلْكَـٰفِرُونَ إِلَّا فِى غُرُورٍ
ʹAmman haaẓal laẓee huwa juñdul lakum yañṣurukum miñ doonir Raḥmaan? ʹInil kaafiroona ʹillaa fee g̣uroor.
رَحْمَن ވަންތަ ރަސްކަލާނގެ ނަޞްރު ނުދެއްވައިފިއްޔާ ދެން ކަލޭމެންނަށް ނަޞްރުދޭނޭ މީހަކީ ކާކު ހެއްޔެވެ؟ އެފަދަމީހަކުވޭހެއްޔެވެ؟ (އެއްގޮތަކަށްވެސް އެފަދަމީހަކު ނުވާނެއެވެ.) ކާފަރުން އެވަނީ ބޮޑުވެގެންވާ ހެއްލުމެއްގެ ތެރޭކަމުގައެވެ.
-
21
أَمَّنْ هَـٰذَا ٱلَّذِى يَرْزُقُكُمْ إِنْ أَمْسَكَ رِزْقَهُۥ ۚ بَل لَّجُّوا۟ فِى عُتُوٍّ وَنُفُورٍ
ʹAmman haaẓal laẓee yarzuq̣ukum ʹin ʹamsaka Rizq̣ah? Bal lajjoo fee ʻutuwwiñw Wanufoor.
އަދިއެކަލާނގެ ކަލޭމެނަށް ރިޒުޤު ނުދެއްވައި ހިފަހައްޓަވައިފިއްޔާ ދެން ކަލޭމެނަށް އެރިޒުޤުދެނޭމީހަކީ ކާކުހެއްޔެވެ؟ އެފަދަމީހަކުވޭހެއްޔެވެ؟ އެފަދަމީހަކު ނުވާނެކަން ކަށަވަރެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުންދެމިއެތިބެނީ ނުކިޔަމަންތެރިކަމާއި ދެކޮޅުވެރިކަމުގައެވެ.
-
22
أَفَمَن يَمْشِى مُكِبًّا عَلَىٰ وَجْهِهِۦٓ أَهْدَىٰٓ أَمَّن يَمْشِى سَوِيًّا عَلَىٰ صِرَٰطٍ مُّسْتَقِيمٍ
ʹAfamañy yamshee mukibban ʻalaa wajhiheee ʹahdaaa ʹammañy yamshee sawiyyan ʻalaa Ṣiraaṭim Mustaq̣eem.
އަޅެފަހެ އެމީހެއްގެ މޫނުވަތަށްއޮވެގެން ހިގާމީހާ އާއި ސީދާމަގުގައި ރަނގަޅަށް ތެދަށްހުރެ ހިގާމީހާއާއި ދެމީހުންކުރެ ރަނގަޅަށް ހިގޭނީ ކާކަށްހެއްޔެވެ؟ ސިދާމަގުގައި ވާނީކާކުހެއްޔެވެ؟
-
23
قُلْ هُوَ ٱلَّذِىٓ أَنشَأَكُمْ وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَٱلْأَفْـِٔدَةَ ۖ قَلِيلًا مَّا تَشْكُرُونَ
Q̣ul Huwal laẓeee ʹañshaʹakum wa-jaʻala lakumus samʻa wal-ʹabṣaara wal-ʹafʹidah: q̣aleelam maa tashkuroon.
(ރަސޫލު ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ހެއްދެވީ ހަމަ އެކަލާނގެއެވެ. އަދި އެކަލާނގެ ކަލޭމެންނަށް އިވުމާއި ފެނުމާއި ވިސްނާ ފިކުރުކުރުމަށް ހިތްލެއްވިއެވެ! އެކަންކަމަށްވެސް ކަލޭމެން ޝުކުރު ކުރަނީ ދާދި މަދުންނެވެ.
-
24
قُلْ هُوَ ٱلَّذِى ذَرَأَكُمْ فِى ٱلْأَرْضِ وَإِلَيْهِ تُحْشَرُونَ
Q̣ul Huwal laẓee ẓaraʹakum fil ʹarḍi wa-ʹilayhi tuḥsharoon.
(އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ހައްދަވައި ބިމުގައިފެތުރުއްވެވީ ހަމަ އެކަލާނގެއެވެ. އަދި ކަލޭމެން މަޙްޝަރު ކުރެވޭނީވެސް (އެއްކުރެވޭނީވެސް) ހަމަ އެކަލާނގެ ޙަޟްރަތަށެވެ.
-
25
وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ
Wa-yaq̣ooloona mataa haaẓal waʻdu ʹiñ kuñtum ṣaadiq̣een.
އަދި އެކާފަރުންގެ މީހުން ބުނެއެވެ. (އޭ މުއްމިނުންނޭވެ.) ކަލޭމެންނީ ބުނާބަހުގައި ތެދުވެރިން ކަމުގައި ވަޏާއި ނިކަން ބުނެބަލާށެވެ. ތިޔަ ވަޢްދުކުރާ ޤިޔާމަތް ދުވަހެއްވާނީ ކޮންއިރަކުން ހެއްޔެވެ.
-
26
قُلْ إِنَّمَا ٱلْعِلْمُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٌ مُّبِينٌ
Q̣ul ʹinnamal ʻilmu ʻiñdal laah: wa-ʹinnamaaa ʹana Naẓeerum mubeen.
(އޭ ރަސޫލު اللهއެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަކަމުގެ އެނގުންވާކަން ކަށަވަރީ ﷲގެ ޙަޟްރަތު ގައެވެ. (އަހުރެމެންނަކަށް ނޭނގެއެވެ.) އަހުރެން ވާކަން ކަށަވަރީ ނަޛީރަކުކަމުގައެވެ. އެބަހީ އެކަމުގެ ވާހަކައިން ބިރުގަންނަވާ ބޭކަލަކުކަމުގައެވެ.
-
27
فَلَمَّا رَأَوْهُ زُلْفَةً سِيٓـَٔتْ وُجُوهُ ٱلَّذِينَ كَفَرُوا۟ وَقِيلَ هَـٰذَا ٱلَّذِى كُنتُم بِهِۦ تَدَّعُونَ
Falammaa raʹawhu zulfatañ seeeʹat wujoohul laẓeena kafaroo wa-q̣eela haaẓal laẓee kuñtum̃ bihee taddaʻoon!
ދެންފަހެ ދާދި ގާތުން އެމީހުންނަށް އެ ޢަޛާބު ފެންނަހިނދުން ކާފަރުވީ މީސްތަކުންގެ މޫނުތައް މުޅިން ނުބައިވެ ކަޅުވެދާ ހުއްޓެވެ. އަދި އެމީހުންނަށް އެންގޭނެއެވެ. މި ޢަޛާބަކީ ނުވަތަ ތިޔަ ފެންނަ ޢަޛާބުގެ މަންޒަރަކީ ކަލޭމެން ދުނިޔޭގައި އެކަމަށް އެދި ސުވާލުކުރި ޢަޛާބެކެވެ.
-
28
قُلْ أَرَءَيْتُمْ إِنْ أَهْلَكَنِىَ ٱللَّهُ وَمَن مَّعِىَ أَوْ رَحِمَنَا فَمَن يُجِيرُ ٱلْكَـٰفِرِينَ مِنْ عَذَابٍ أَلِيمٍ
Q̣ul ʹaraʹaytum ʹin ʹahlakaniyal laahu wa-mam maʻiya ʹaw raḥimanaa famañy yujeerul kaafireena min ʻAẓaabin ʹaleem.
(އޭ ރަސޫލު اللهއެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންނާއި އަހުރެންނާއެކު މިވާ މުއްމިނުން اللهހަލާކު ކުރަށްވާ މަރުއްވައިފިއްޔާ ނުވަތަ އެކަލާނގެ އަހުރެމެން ނުމަރުއްވާ އަހުރެމެންނަށް ރަޙްމަތް ލައްވައިފިއްޔާއި، ފަހެ ކާފަރުންނަށް ސަލާމަތްކަންދީ އެމީހުން މިންޖު ކޮށްދޭނީ ފަހެ ކާކުހެއްޔެވެ. ވޭންދެނިވި ޢަޛާބުން އެމީހުން ސަލާމަތް ކުރާނީ ކާކުހެއްޔެވެ؟ (ހަމަ އެކަކުވެސް ނުހުންނާނެއެވެ.)
-
29
قُلْ هُوَ ٱلرَّحْمَـٰنُ ءَامَنَّا بِهِۦ وَعَلَيْهِ تَوَكَّلْنَا ۖ فَسَتَعْلَمُونَ مَنْ هُوَ فِى ضَلَـٰلٍ مُّبِينٍ
Q̣ul Huwar Raḥmaanu ʹaamannaa bihee wa-ʻalayhi tawakkalnaa: fasataʻlamoona man huwa fee ḍalaalim mubeen.
(އޭ ރަސޫލު الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އެއީ رَّحْمَـٰنُ ވަންތަ اللهއެވެ. (އެބަހީ ކަލޭމެން އެފަރާތަކަށް އަޅުކަން ކުރުމަށް މި ގޮވާ އެއްކައުވަންތަ ކަލާނގެއަކީ رَّحْمَـٰنُ ވަންތަ ކަލާނގެއެވެ.) އަހުރެމެންމިވަނީ އެފަރާތަށް އީމާން ވެގެންނެވެ. އަދި އަހުރެމެން ހުރިހާ ކަމެއްގައި ވަކީލު ކޮށް އިތުބާރު ކުރަނީ ހަމަ އެކަލާނގެއަށެވެ. މީސްތަކުންގެ ތެރެއިން މަގުފުރެދިގެންވާ މީހުންނަކީ ކޮންބައެއްކަން ނިކަންހުރެ ކަލޭމެންނަށް އެނގިދާނެއެވެ.
-
30
قُلْ أَرَءَيْتُمْ إِنْ أَصْبَحَ مَآؤُكُمْ غَوْرًا فَمَن يَأْتِيكُم بِمَآءٍ مَّعِينٍۭ
Q̣ul ʹaraʹaytum ʹin ʹaṣbaḥa maaaʹukum g̣awrañ famañy yaʹteekum̃ bimaaaʹim maʻeen?
(އޭ ރަސޫލު اللهއެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ތިޔަ ބޮއި އަދި ބޭނުންކޮށްތިޔައުޅޭފެން ބިމުގެ އަޑިޔަށް އެކަށްގޮސް ހުސްވެ ފެން ނެތިއްޖެއްޔާ ދެން ކަލޭމެންނަށް މީރުފެން ގެނަސް ދޭނީ ފަހެ ކާކުހެއްޔެވެ؟ (ޖަވާބަކަށްވާނީ އެކަކުވެސް ނުހުންނާނެއެވެ. އެހެންވީއިރު ދެންކަލޭމެންއެފަރާތައް އީމާންވެ އެފަރާތަށް އެކަނި އަޅުކަން އިޚްލާޞް ތެރި ނުކުރަނީ ކީއްވެހެއްޔެވެ؟)