-
1
لَآ أُقْسِمُ بِيَوْمِ ٱلْقِيَـٰمَةِ
Laaa ʹuq̣simu bi-Yawmil Q̣iyaamah;
قِيَامة ދުވަސް ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި ވަޙީ ކުރައްވައެވެ.
-
2
وَلَآ أُقْسِمُ بِٱلنَّفْسِ ٱللَّوَّامَةِ
Wa-laaa ʹuq̣simu bin-nafsil lawwaamah.
އަދި މަލާމާތްކުރާ (ނުވަތަ މަލާމާތް ލިބިގެންވާ) ނަފްސު ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި ވަޙީ ކުރައްވަމެވެ.
-
3
أَيَحْسَبُ ٱلْإِنسَـٰنُ أَلَّن نَّجْمَعَ عِظَامَهُۥ
ʹAyaḥsabul ʹiñsaanu ʹal-lan najmaʻa ʻiz̤̣aamah?
އިންސާނާގެ ކަށިތަށް ތިމަންރަސްކަލާނގެ (ޤިޔާމަތް ދުވަހުން) ޖަމަޢަ ނުކުރައްވާނޭކަމަށް އޭނާ ހީކުރަނީ ހެއްޔެވެ؟ (ނުވަތަ އެކަށިތަށް ޖަމަޢަ ކުރަން ތިމަންރަސްކަލާނގެއަށް ކުޅަދާނަ ވެގެން ނުވާނޭ ކަމަށް އޭނާ ހީކުރަނީ ހެއްޔެވެ؟)
-
4
بَلَىٰ قَـٰدِرِينَ عَلَىٰٓ أَن نُّسَوِّىَ بَنَانَهُۥ
Ballaa Q̣aadireena ʻalaaa ʹan nusawwiya banaanah.
އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އަދި ކިޔެއްހެއްޔެވެ؟ އޭނާގެ އިނގިލިތައް ޖަމަލާއި ޙިމާރުގެ މޮށްގަނޑު ފަދައިން އިނގިލިތައް ވަކިނުވާގޮތަށް އެކަތިގަނޑަކަށް ހައްދަވައިލުމަށްވެސް ތިމަންރަސްކަލާނގެއަށް ކުޅަދާނަވެގެންވެއެވެ. (އަދި އެހެން ހެއްދެވިނަމަ އިނގިލިތަކުން ކުރާ ކުދިކަވިމަސައްކަތްތައް ނުކުރެވުނީހެވެ.) އަދިކިއެއްތޯއެވެ؟ އޭނާގެ އިނގިލިތަކުގެ ކޮޅުތައްވެސް ބަރާބަރުކޮށް ހަމަހަމަކޮށްލުމަށްވެސް ކުޅަދުންވަންތަވެވޮޑިގެންވަމެވެ. ފަހެ އިސްވެދިޔައެއްވެސް މިސާލަކާއިނުލައި އެހާފުރިހަމަކޮށް އެހާރީތިކޮށް އިނގިލިތައްވެސް ހެއްދެވި ﷲ އަށް ދެވަނަފަހަރު އެކަށިކޮޅުތައް އަނބުރާ އިޢާދަ ކުރެއްވުން ދަތި ނުވާނޭކަން ސަލާމަތުންހުރި ކޮންމެ ބުއްދިއަކަށް އެނގޭނެއެވެ.
-
5
بَلْ يُرِيدُ ٱلْإِنسَـٰنُ لِيَفْجُرَ أَمَامَهُۥ
Bal yureedul ʹIñsaanu liyafjura ʹamaamah.
އަދިކިއެއްތޯއެވެ؟ އިންސާނާއެދެނީ އޭނާގެ ޢުމުރުގައި ބާކީއޮތްތާގައިވެސް ފާފަކުރުމަށެވެ. ތައުބާވުން ލަސްކުރުމަށެވެ.
-
6
يَسْـَٔلُ أَيَّانَ يَوْمُ ٱلْقِيَـٰمَةِ
Yasʹalu ʹayyaana Yawmul Q̣IYAAMAH?
އަދިމަލާމާތުގެގޮތުން އޭނާއަހައި ސުވާލުކުރެއެވެ. ޤިޔާމަތްދުވަސްދެން އަންނާނީ ކޮންއިރަކުން ހެއްޔެވެ؟ (މިސުވާލުގެ ޖަވާބު އެކަލާނގެ ދެއްވަނީ މިފަދައިންނެވެ.)
-
7
فَإِذَا بَرِقَ ٱلْبَصَرُ
Faʹiẓaa bariq̣al baṣar,
އެއީ ސިހިގެންގޮސް ކަންބޮޑުވެ ލޯތައް ޙައިރާން ވެއްޖެއްޔާއެވެ.
-
8
وَخَسَفَ ٱلْقَمَرُ
Wa-khasafal Q̣amar.
އަދި ހަނދުގެ އަލިކަންގޮސް ކޭތަހިފައިފިއްޔާއެވެ.
-
9
وَجُمِعَ ٱلشَّمْسُ وَٱلْقَمَرُ
Wa-jumiʻash shamsu wal-q̣amar,―
އަދި އިރާއި ހަނދު އެއްވެ ޖަމާވެއްޖެއްޔާއެވެ.
-
10
يَقُولُ ٱلْإِنسَـٰنُ يَوْمَئِذٍ أَيْنَ ٱلْمَفَرُّ
Yaq̣oolul ʹiñsaanu Yaw-maʹiẓin ʹaynal mafarr?
އަދި އިންސާނާ އެދުވަހުންބުނާނެއެވެ. ސަލާމަތްވާން ފިލަންދާނެ ތަނަކީ ކޮބައިބާވައެވެ؟ (ދަންނައެވެ. މިއީ ހައްތާވެސް ޤިޔާމަތްވާވަޤުތު ހާމަވާނެ އެކިއެކި ކަންކަމެވެ.)
-
11
كَلَّا لَا وَزَرَ
Kallaa laa- wazar!
އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އެދުވަހުން އޭނާ ސަލާމަތްވާންދާނެ އެއްވެސްއެހެންތަނެއްނުވާވާނެއެވެ.
-
12
إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمُسْتَقَرُّ
ʹIlaa Rabbika Yawmaʹiẓinil mustaq̣arr.
ހަމައެކަނި ޤަރާރުވެ ހަމަޖެހޭނެތަނަކީ ކަލޭގެފާނުންގެ رَبُّ ގެ حَضْرَة އެވެ. އެހެންތަނެއް އެދުވަހަކުންނުވެއެވެ.
-
13
يُنَبَّؤُا۟ ٱلْإِنسَـٰنُ يَوْمَئِذٍۭ بِمَا قَدَّمَ وَأَخَّرَ
Yunabbaʹul ʹiñsaanu Yawmaʹiẓim bimaa q̣addama wa-ʹakhkhar.
އަދި އެދުވަހުން އެއިންސާނާއަށް އޭނާ އިސްކުރި ކަމަކާއި ފަސްކުރި ކަމެއްގެ خبر އެންގޭނެއެވެ. އޭނާ ކުރި ހެޔޮ ކަމަކާއި އަދި ކުރި ނުބައި ކަމެއް ސާފުކޮށް އެންގެވޭނެއެވެ.
-
14
بَلِ ٱلْإِنسَـٰنُ عَلَىٰ نَفْسِهِۦ بَصِيرَةٌ
Balil ʹiñsaanu ʻalaa nafsihee baṣeerah,
އަދި ކިއެއްހެއްޔެވެ؟ خُود އިންސާނާއީ އޭނާގެ نفس ގެމައްޗަށްވާ ދަލީލެކެވެ. ހެކިދޭނޭހެކިވެރިއެކެވެ. (އެބަހީ އިންސާނާގެ ހަށިގަނޑުގެ ގުނަވަންތައް އެދުވަހުން އޭނާ إقرار ވިޔަސް އަދި ނުވަތަ ނުވިޔަސް ހުރިހާ ކަމަކަށް ސާފުކޮށް ހެކިދޭނެއެވެ.)
-
15
وَلَوْ أَلْقَىٰ مَعَاذِيرَهُۥ
Wa-law ʹalq̣aa maʻaaẓeerah.
އަދި (އެކަމާމެދު) އޭނާ ކިތައްމެ عذر ދެއްކިނަމަވެސްމެއެވެ. (އެބަހީ އެއިންސާނާ ކިތައްމެ ވަރަކަށް އިންކާރުކޮށް عذر ތައްދެއްކި ނަމަވެސް އޭނާގެ ހަށިގަނޑުގެ ގުނަވަންތައް އޭނާ ކުރި عمل ތަކަށް ހެކިދޭނެއެވެ.)
-
16
لَا تُحَرِّكْ بِهِۦ لِسَانَكَ لِتَعْجَلَ بِهِۦٓ
Laa- tuḥarrik bihee lisaanaka litaʻjala bih.
(އޭ رسول الله އެވެ!) ވަޙީ ބާވާތް ލެއްވޭވަޤުތު ހަނދުމަފުޅު ނެތިދާނެކަމަށް (އަވަސް އަވަހަށް ދަސްފުޅުކުރެއްވުމަށް) ކަލޭގެފާނުންގެ ދޫފުޅު ޙަރަކާތް ނުކުރައްވާށެވެ!
-
17
إِنَّ عَلَيْنَا جَمْعَهُۥ وَقُرْءَانَهُۥ
ʹInna ʻalaynaa jamʻahoo wa-q̣urʹaanah:
ހަމަކަށަވަރުން ކަލޭގެފާނުންގެ ހިތްޕުޅުގައި އެ قُرْآن ޖަމާކޮށްދެއްވުމާއި އަދިކަލޭގެފާނުންގެ ހިތްޕުޅުގައި قُرْآن ސާބިތު ކޮށްދެއްވުމަކީ ތިމަންރަސްކަލާނގެއަށް އޮތްކަމެކެވެ.
-
18
فَإِذَا قَرَأْنَـٰهُ فَٱتَّبِعْ قُرْءَانَهُۥ
Faʹiẓaa q̣araʹnaahu fattabiʻ q̣ur-ʹaanah:
ފަހެ جِبْرِيْل عليه السلام ގެދޫފުޅުން ތިމަންރަސްކަލާނގެ قُرْآن ގެބަސްފުޅު ބާވައިލައްވައިފިއްޔާ ފަހެ އެ قُرْآن އާއި ތަބަޢަ ވެވަޑައިގަންނަވާށެވެ. (އެގޮތަށް ކިޔަވާ ވިދާޅުވާށެވެ.)
-
19
ثُمَّ إِنَّ عَلَيْنَا بَيَانَهُۥ
S̤umma ʹinna ʻalaynaa bayaanah:
ދެން އެ قُرْآن شَرَح ކޮށްދެއްވައި تَفْسِيْرُ ކޮށްދެއްވުމަކީ ހަމަ ތިމަންރަސްކަލާނގެއަށް އޮތްކަމެކެވެ.
-
20
كَلَّا بَلْ تُحِبُّونَ ٱلْعَاجِلَةَ
Kallaa bal tuḥibboonal ʻaajilah,―
ކަންތައްހުރީ ކަލޭމެން ތިޔަހީކުރާގޮތަކަށްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެން މިއަވަސްވެގެންވާ ދުނިޔެއަށް ލޯބިކުރަނީއެވެ.
-
21
وَتَذَرُونَ ٱلْـَٔاخِرَةَ
Wa-taẓaroonal ʹAakhirah.
އަދި ކަލޭމެން آخِرَة ދޫކުރަނީއެވެ.
-
22
وُجُوهٌ يَوْمَئِذٍ نَّاضِرَةٌ
Wujoohuñy Yawmaʹiẓin naaḍirah;―
އަދި އެދުވަހުން ބައެއް މޫނުވާހުށީ އަލިވެ އުޖާލާވެ ތާޒާވެގެންނެވެ. (އެއީ މުއުމިނުންގެ މޫނުތަކެވެ.)
-
23
إِلَىٰ رَبِّهَا نَاظِرَةٌ
ʹIlaa Rabbihaa naaz̤̣irah;
އަދި އެމޫނުތަކުގެވެރިން ތިބޭނީ އެބައިމީހުންގެ رَبُّ ގެމާތް وَجْهُ ފުޅަށް ބަލަބަލައެވެ.
-
24
وَوُجُوهٌ يَوْمَئِذٍۭ بَاسِرَةٌ
Wa-wujoohuñy Yawmaʹiẓim baasirah,
އަދި އެދުވަހުން ބައެއްމޫނުތައް ވާހުށީ ހަޑިވެ ހުތުރުވެގެންނެވެ.
-
25
تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌ
Taz̤̣unnu ʹañy yufʻala bihaa faaq̣irah;
އަދި އެމޫނުތަކުގެ ވެރިންނަށް ތިމާމެން ނަރަކައަށް ދާންޖެހޭނެކަން ޔަޤީންވާނެއެވެ. އަދި ބުރިކަށިތައް ބިދޭވަރުގެ ބުރަ އެބަހީ ކެތްނުކުރެވޭފަދަ ކެކުޅުމާ ކުރިމަތިލާންޖެހޭނެކަން އެނގޭނެއެވެ.
-
26
كَلَّآ إِذَا بَلَغَتِ ٱلتَّرَاقِىَ
Kallaaa ʹiẓaa balag̣atit taraaq̣ee,
އެއްގޮތަކަށްވެސް އެކާފަރު އިންސާނާ ހީކުރާގޮތަކަށް ނުވާނެއެވެ. މަރުވުމަށްފަހު مَحْشَرُ އަށްފޮނުވޭނެއެވެ. ޙިސާބު ބެއްލެވޭނެއެވެ. ފުރިހަމަ ޖަޒާދެއްވޭނެއެވެ. ފުރާނަ ނުވަތަ ނަފުސު ލަގޮނޑިވަޅުގެ ކަށިގަނޑާއި ހަމައަށް އަރައްޖެއްޔާއި އެބަހީ މަރަށްތައްޔާރުވެ ފުރާނަ ނުކުންނަން ގާތްވެއްޖެއްޔާ ދެންބުނެވޭނެއެވެ.
-
27
وَقِيلَ مَنْ ۜ رَاقٍ
Wa-q̣eela man raaq̣?
އެވަގުތު މަރަށް حَاضِرُ ވިމީހާގެ ކައިރީގައި ތިބިމީހުންކުރެ މީހަކުބުނާނެއެވެ. ފަންޑިތައެއްހަދާނީ ކާކުބާވައެވެ؟
-
28
وَظَنَّ أَنَّهُ ٱلْفِرَاقُ
Wa-z̤̣anna ʹannahul firaaq̣;
އަދި އެވަގުތު މަރަށް حَاضِرُ ވިމީހާއަށް ތިމާދެން ދުނިޔެއިން ވަކިވަނީކަން ޔަޤީންވާނެއެވެ.
-
29
وَٱلْتَفَّتِ ٱلسَّاقُ بِٱلسَّاقِ
Waltaffatis saaq̣u bissaaq̣:
އަދި އޭނާގެ އެއްކަށިމަތި އަނެއްކަށިމަތީ ގައި ކާތާނެއެވެ. ނުވަތަ ދުނިޔޭގެ ޙަޔާތާއި ވަކިވެ آخِرَةُ ގެ އުދަގޫތަކާއި ކުރިމަތި ލައިފާނެއެވެ. ނޯޓު: މިއާޔަތްތަކުގެ މާނަތައް އެތައް ގޮތްގޮތްކަށް ލިޔެވިގެންވެއެވެ. އަޅުގަޑު ލިޔެފައިމިވަނީ އޭގެތެރެއިން އެއްގޮތެވެ.
-
30
إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمَسَاقُ
ʹIlaa Rabbika Yawmaʹiẓinil masaaq̣!
(އޭ رَسُولُ الله އެވެ!) قِيَامَة ދުވަހުން ފުރާނަތައް ގެންދެވުންވަނީ ކަލޭގެފާނުންގެ رَبُّ ގެ حَضْرَةُ އަށެވެ.
-
31
فَلَا صَدَّقَ وَلَا صَلَّىٰ
Falaa Saddaq̣a wa-laa ṣallaa!―
ފަހެ އޭނާ އެބަހީ -ކާފަރު އިންސާނާ- އީމާނެއްނުވެއެވެ. އަދި އޭނާ ނަމާދެއްނުކުރެއެވެ.
-
32
وَلَـٰكِن كَذَّبَ وَتَوَلَّىٰ
Wa-laakiñ kaẓẓaba wa-tawallaa!
އަދި ކިއެއްހެއްޔެވެ؟ އޭނާ قُرْآن ދޮގުކުރީއެވެ. އަދި އެނާ އީމާންކަމަށް ފުރަގަސް ދިނީއެވެ.
-
33
ثُمَّ ذَهَبَ إِلَىٰٓ أَهْلِهِۦ يَتَمَطَّىٰٓ
S̤umma ẓahaba ʹilaaa ʹahlihee yatamaṭṭaa!
ދެން އަދި އޭނާ އޭނަގެ އަހުލުވެރިންގެގާތަށް ދިޔައީ ބޮޑާވެ ކިބުރުވެރިވެގެންނެވެ. فَخْرُ ވެރިވެ މަތިހަށިނަގައިގެންވާ ޙާލުގައެވެ. (އޭނާއަށް ބުނެވޭނެއެވެ.)
-
34
أَوْلَىٰ لَكَ فَأَوْلَىٰ
ʹAwlaa laka faʹawlaa!
ކަލެއަށް ހަލާކު ހުއްޓެވެ. ފަހެ ހަލާކު ހުއްޓެވެ.
-
35
ثُمَّ أَوْلَىٰ لَكَ فَأَوْلَىٰٓ
S̤umma ʹawlaa laka faʹawlaa!
ދެންވެސް ކަލެއަށް ހަލާކު ހުއްޓެވެ. ފަހެ ހަލާކު ހުއްޓެވެ.
-
36
أَيَحْسَبُ ٱلْإِنسَـٰنُ أَن يُتْرَكَ سُدًى
ʹAyaḥsabul ʹiñsaanu ʹañy yutraka sudaa?
އަދިއެއިންސާނާ ހީކުރަނީ (އޭނާއަށް އެއްވެސް އަމުރެއްނުވެވި ނަހީއެއްނުވެވި ހިސާބެއްނުބެލެވި އަދި ޖަޒާއެއްވެސް ނުދެވި) ހަމަސޮކަށް އޭނާ ދޫކޮށްލެވިފައިވަނީ ކަމަށް ހެއްޔެވެ؟ (އެހެންނުވާނެއެވެ. ހިސާބުބެއްލެވޭނެއެވެ. ޖަޒާވެސް ދެއްވޭނެއެވެ.) ދަންނައެވެ. މިއާޔަތްތަކުގައި ސިފަވެގެންމިދާމީހަކީ أَبُو جَهْل ކަމުގައި تَفْسِيْرُ عِلم ގެ أَهْلُ ވެރިންކުރެ ބައެއްބޭކަލުން ވިދާޅުވެފައިވެއެވެ. ނުވަތައެއީ އެބާވަތުގެ ކޮންމެމީހެކެވެ.
-
37
أَلَمْ يَكُ نُطْفَةً مِّن مَّنِىٍّ يُمْنَىٰ
ʹAlam yaku nuṭfatam mim maniyyiñy yumnaa?
އޭނާ އެއީ އޮހިގެންއައި نُطْفَة އެއްކަމުގައި ނުވޭހެއްޔެވެ؟
-
38
ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ
S̤umma kaana ʻalaq̣atañ fakhalaq̣a fasawwaa.
ދެން އޭނާވީ ގަނޑުލެއިކޮޅެއްކަމުގައެވެ. ދެން އެކަލާނގެ އޭނާ ހައްދަވައި ފުރިހަމަކުރެއްވިއެވެ.
-
39
فَجَعَلَ مِنْهُ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰٓ
Fajaʻala minhuz zawjayniẓ ẓakara wal-ʹuñs̤aa.
އަދި އެއިންސާނާގެ ކިބައިން ފިރިހެން އަންހެންޖޯޑު އެކަލާނގެ ލެއްވިއެވެ.
-
40
أَلَيْسَ ذَٰلِكَ بِقَـٰدِرٍ عَلَىٰٓ أَن يُحْـِۧىَ ٱلْمَوْتَىٰ
ʹAlaysa ẓaalika biq̣aadirin ʻalaaa ʹañy yuḥyiyal mawtaa?
މިއެންމެހައި ކަންތައްތައްމިހާފުރިހަމަކޮށް ހައްދަވާ މަތިވެރި ﷲ އަށް މީސްތަކުންނާއި އަދި މަރުވެގޮސްފައިވާތަކެތި އަލުންހެއްދެވުމަށް ކުޅަދުންވަންތަވެވޮޑިގެންވާކަލަކު ކަމުގައި ނުވާނޭހެއްޔެވެ؟؟؟ (ވާނެކަން ކަށަވަރެވެ.)