Surah Adh-DhariyatBegins here at 51:31
-
51:31
۞ قَالَ فَمَا خَطْبُكُمْ أَيُّهَا ٱلْمُرْسَلُونَ
Q̣aala famaa khaṭbukum ʹayyuhal Mursaloon?
(إبراهيم عَلَيْه السلام ملائكة ބޭކަލުންނަށް ވިދާޅުވިއެވެ.) "ތިޔަ ބޭކަލުން ވަޑައިގެންނެވުމުގެ مقصد އަކީ ކޮބައިތޯއެވެ؟"
-
51:32
قَالُوٓا۟ إِنَّآ أُرْسِلْنَآ إِلَىٰ قَوْمٍ مُّجْرِمِينَ
Q̣aalooo ʹinnaaa ʹursilnaaa ʹilaa q̣awmim mujrimeen;―
އެބޭކަލުން ވިދާޅުވިއެވެ"ތިމަން ބޭކަލުން ފޮނުއްވިގެން މިވަނީ ނުބައިވެގެންވާ ކުށްވެރި قوم އަކަށެވެ. (އެއީ لوط قوم އެވެ.)
-
51:33
لِنُرْسِلَ عَلَيْهِمْ حِجَارَةً مِّن طِينٍ
Linursila ʻalayhim ḥijaaratam miñ ṭeen.
"އެއީ އެބައިމީހުންގެ މައްޗަށް އަލިފާނުން ކެކި ރަތްވެފައިވާ ހިލައިގެ عذاب ދެއްވުމަށެވެ.
-
51:34
مُّسَوَّمَةً عِندَ رَبِّكَ لِلْمُسْرِفِينَ
Musawwamatan ʻiñda Rabbika lilmusrifeen.
އެ ހިލަ ވަނީ ކަލޭގެފާނުންގެ ربّ ގެ حضرة ގައި ފާހަގަލެވިގެންނެވެ. އެބަހީ ކޮންމެ ހިލައެއްވެސް، އެ ހިލައަކުން ޖެހޭންވީ މީހާގެ ނަން ލިޔެވި، ފާހަގަލެވިގެންނެވެ. އެއީ ފާފަކުރުމާއި، فاحش ކަމުގައި ހައްދު ފަހަނަޅާ މީސްތަކުންނަށް ތައްޔާރުކުރެވިގެންވާ އެއްޗެކެވެ.
-
51:35
فَأَخْرَجْنَا مَن كَانَ فِيهَا مِنَ ٱلْمُؤْمِنِينَ
Faʹakhrajnaa mañ kaana feehaa minal Muʹmineen.
އަދި އެރަށުގައިވާ އެންމެހާ مؤمن ން ތިމަން ބޭކަލުން ނެރުއްވާ ހުށީމެވެ.
-
51:36
فَمَا وَجَدْنَا فِيهَا غَيْرَ بَيْتٍ مِّنَ ٱلْمُسْلِمِينَ
Famaa wa-jadnaa feeha g̣ayra baytim minal Muslimeen:
އަދި ކިޔަމަންތެރި ވެގެންވާ مؤمن ން އެރަށުގެ އެންމެ ގެއަކުން މެނުވީ ތިމަން ބޭކަލުންނަކަށް ނުފެނުނެވެ." (އެއީ لوط عَلَيْه السلام ގެ ގެއެވެ.).
-
51:37
وَتَرَكْنَا فِيهَآ ءَايَةً لِّلَّذِينَ يَخَافُونَ ٱلْعَذَابَ ٱلْأَلِيمَ
Wa-taraknaa feehaaa ʹAayatal lillaẓeena yakhaafoonal ʻAẓaabal ʹaleem.
"އަދި ވޭންދެނިވި عذاب އަށް ބިރުވެތިވާ ބަޔަކަށް (عبرة އެއްގެ ގޮތުން) އެރަށުގައި ތިމަން ރަސްކަލާނގެ علامة އެއް ދޫކުރައްވާފައި ވާނެއެވެ. އެއިން އެމީހުންނަށް ލިބުނު عذاب ގެ މައްޗަށް دليل ކުރާނެއެވެ." (އެ علامة ކަމުގައި ބައެއް مفسّر ން ލިޔުއްވާފައި ވަނީ: އެމީހުންނަށް އުކެވުނު ހިލަތައް އެތާ ވާ ކަމެވެ. ނުވަތަ އެރަށް ބަންޑުން ޖައްސަވައި، އެތަން ކަނޑަކަށް ހައްދަވައި އެތާނގެ ފެނުގެ ލޮނު ރަހަ ގަދަވެ، ނުބައިވަސް ދުވާ، އަދިއަދަށް ދާނދެންވެސް އެތާ ދިރޭ އެއްޗެއް ނޫޅޭކަމަށް ވެއެވެ. بحر الميّت ގެ ނަމުން އެތަނަށް ނަން ދެވިފައި ވެއެވެ. މިކަންކަން ވެއެވެ. والله أعلم بالصّواب)
-
51:38
وَفِى مُوسَىٰٓ إِذْ أَرْسَلْنَـٰهُ إِلَىٰ فِرْعَوْنَ بِسُلْطَـٰنٍ مُّبِينٍ
Wa-fee Moosaaa ʹiẓ ʹarsalnaahu ʹilaa Firʻawna bisulṭaanim mubeen.
އަދި موسى عَلَيْه السلام ގެ ވާހަކައިގައިވެސް ތިމަން ރަސްކަލާނގެ دليل އެއް ދޫކުރައްވާފައި ވާނެއެވެ. އެއީ ބަޔާންވެ ފައުޅުވެގެންވާ معجزة އަކާއިގެން فرعون ގެ ގާތަށް ތިމަން ރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވި ހިނދުގައެވެ.
-
51:39
فَتَوَلَّىٰ بِرُكْنِهِۦ وَقَالَ سَـٰحِرٌ أَوْ مَجْنُونٌ
Fatawallaa biruknihee wa-q̣aala ˹saaḥirun ʹaw majnoon!
(ފަހެ موسى عَليه السلام) އޭނާއަށް دين އަށް ގޮވާލެއްވުމުން) އޭނާ އޭނާގެ ސިފައިންނާއިގެން އެނބުރި ފުރަގަސްދީފިއެވެ. (އޭނާ إيمان އެއް ނުވިއެވެ.) އަދި އޭނާ ބުނީ موسى (عَليه السلام) އަކީ سحر ވެރިއެކެވެ. ނުވަތަ ދުނިޔޭންމޮޔަވެފައިވާ މީހެކެވެ. مجنون އެކެވެ.
-
51:40
فَأَخَذْنَـٰهُ وَجُنُودَهُۥ فَنَبَذْنَـٰهُمْ فِى ٱلْيَمِّ وَهُوَ مُلِيمٌ
Faʹakhaẓnaahu wa-junoo-dahoo fanabaẓnaahum fil yammi wa-huwa muleem.
ދެންފަހެ ތިމަން ރަސްކަލާނގެ އޭނާޔާއި، އޭނާގެ ސިފައިންތައް ކަނޑަށް އުކައިލެއްވީމެވެ. އެމީހުންނާއި އެންމެ އެކަށީގެންވާ މުނާސަބު ގޮތަކީ އެއީއެވެ. (އެއީ އެމީހުން ނުކިޔަމަންތެރި ކަމާއި، ކާފަރުކަމާއި، ބޮޑާކަމުގައި ހައްދުފަހަނަޅައިގެން ދިއުމުގެ ނަތީޖާއެވެ. އަދި فِرْعونُ އަކީ ކަލާނގެ ކަމަށް دعوى ކުރި މީހެކެވެ. އަދި الله އަށް كافر ވީ މީހެކެވެ. އަދި އުރެދުމާއި، ނުކިޔަމަންތެރިކަމުގައި ހައްދުފަހަނަޅައިގަތް މީހެކެވެ. އެހެންވެ، އޭނާޔާ މުނާސަބު، އަދި އެންމެ لائق ވެގެންވާ ގޮތަކި އޭނާޔާއި، އޭނާގެ ސިފައިން ކަނޑުގައި غرق ކުރެއްވުން ކަމުގައި އަންގަވައި، وحِى ކުރެއްވީއެވެ. މިހާރު ދެން އޭނާޔަކީ ربّ ނޫންކަން އެންމެންނަށް އެނގެން ވާނެއެވެ.)
-
51:41
وَفِى عَادٍ إِذْ أَرْسَلْنَا عَلَيْهِمُ ٱلرِّيحَ ٱلْعَقِيمَ
Wa-fee ʻAadin ʹiẓ ʹarsalnaa ʻalayhimur Reeḥal ʻaq̣eem:
އަދި عاد ބާގައިގެ މީހުންގެ ވާހަކައިގައިވެސް (ތިމަން ރަސްކަލާނގެ دليل އެއް ލައްވާފައި ވާނެއެވެ.) އެއީ އެބައިމީހުންގެ މައްޗަށް އެއްވެސް ހެޔޮކަމެއް، އަދި بركاة އެއް ނެތް ގަދަ ވަޔެއް ތިމަން ރަސްކަލާނގެ ފޮނުއްވި ހިނދުންނެވެ. (އެ ވައިގައި ވާރޭފެންފޮދެއްވެސް ނުވެއެވެ. އަދި ގަހެއް تلقيح ކޮއްދިނުމެއްވެސް ނުވެއެވެ.)
-
51:42
مَا تَذَرُ مِن شَىْءٍ أَتَتْ عَلَيْهِ إِلَّا جَعَلَتْهُ كَٱلرَّمِيمِ
Maa- taẓaru miñ shayʹin ʹatat ʻalayhi ʹillaa jaʻalathu karrameem.
އެވައި ޖެހުނު ކޮންމެ އެއްޗެއް ފީވެ، އަޅިޔަށް ވެފައިވާ ކަށި ފަދައިން ކުދިކުދިވެ، ވަޔަށް ބުރައިގެންދާ ފަދައިން ހަދައިލައިފައި ނޫނީ ނުދޫކުރެއެވެ. (މީސްތަކުންގެ ހަށިތަކާއި، ސޫފިތަކާއި، އެންމެހައި މުދާތަކާއި، އަދި އެންމެހާ ތަކެތި ފީވެ، ކުދިކުދިވެގެން ދިޔައީއެވެ.)
-
51:43
وَفِى ثَمُودَ إِذْ قِيلَ لَهُمْ تَمَتَّعُوا۟ حَتَّىٰ حِينٍ
Wa-fee S̤amooda ʹiẓ q̣eela lahum tamattaʻoo ḥattaa ḥeen!
އަދި ثمود ބާގައިގެ މީހުންގެ ވާހަކައިގައިވެސް ތިމަން ރަސްކަލާނގެ ބަޔާންވެގެންވާ حُجّة އެއް ދޫކުރައްވާފައި ވާނެއެވެ. ކަނޑައެޅިގެންވާ مدة އަށް ކަލޭމެންގެ ގެތަކުގައި އަރާމުކުރާށޭ އެބައިމީހުންނަށް އެންގެވި ހިނދު ކަންވީގޮތް ބަލާށެވެ.
-
51:44
فَعَتَوْا۟ عَنْ أَمْرِ رَبِّهِمْ فَأَخَذَتْهُمُ ٱلصَّـٰعِقَةُ وَهُمْ يَنظُرُونَ
Faʻataw ʻan ʹAmri Rabbihim faʹakhaẓathumuṣ ṣaaʻiq̣atu wa-hum yañz̤̣uroon.
އެމީހުން އެމީހުން ހައްދަވާ ބޮޑުކުރެއްވި ربّ އަށް އުރެދި ނުކިޔަމަންތެރިވެ ބޮޑާވެގެންފިއެވެ. ފަހެ އެމީހުންނަށް ގަދަވެގެންވާ عذاب އައިސް ޖެހުނީއެވެ. އެމީހުން ބަލަބަލާ ތިއްބައި އެމީހުން ހަލާކުވެގެން ދިޔައީއެވެ.
-
51:45
فَمَا ٱسْتَطَـٰعُوا۟ مِن قِيَامٍ وَمَا كَانُوا۟ مُنتَصِرِينَ
famas taṭaaʻoo miñ q̣iyaamiñw wamaa kaanoo muñtaṣireen.
އަދި އެމީހުން ތިބި ތަނުން ތެދުވުމަކަށްވެސް އެމީހުންނަށް ކުޅަދާނަވެގެން ނުވިއެވެ. އަދި އެމީހުންނަކީ نصر ލިބުނު ބަޔަކު ކަމުގައިވެސް ނުވިއެވެ.
-
51:46
وَقَوْمَ نُوحٍ مِّن قَبْلُ ۖ إِنَّهُمْ كَانُوا۟ قَوْمًا فَـٰسِقِينَ
Wa-Q̣awma Nooḥim miñ q̣abl: ʹinnahum kaanoo q̣awmañ faasiq̣een.
އަދި އޭގެ ކުރީން نوح عَليه السلام ގެ قوم ހަލާކު ކުރެއްވީމެވެ. އަދި އެ ވާހަކައިގައިވެސް الله އަށް ބިރުވެތިވާ ބަޔަކަށް عبرة އަކަށް ވާވަރުގެ ދަލީލު ލައްވާފައި ވާނެއެވެ. އަދި ހަމަކަށަވަރުން އެމީހުން ވީ فاسق ވެގެންވާ ބަޔަކު ކަމުގައެވެ. އެބަހީ ސީދާވެގެންވާ حقّ މަގުން ނުކުމެގެންވާ ބަޔަކު ކަމުގައެވެ.
-
51:47
وَٱلسَّمَآءَ بَنَيْنَـٰهَا بِأَيْي۟دٍ وَإِنَّا لَمُوسِعُونَ
Was-Samaaaʹa banaynaahaa biʹaydiñw waʹInnaa lamoosiʻoon.
ތިމަން ރަސްކަލާނގެ އުޑު ހެއްދެވީ ތިމަން ރަސްކަލާނގެ قدرة ވަންތަކަމުންނެވެ. ކުޅަދުންވަންތަކަމުންނެވެ. އަދި ހެއްދެވުމުގައި ތަނަވަސް ކުރައްވާ ކަލަކު ކަމުގައި ތިމަން ރަސްކަލާނގެ ވޮޑިގެން ވެއެވެ. އެކަމަށް ނުކުޅެދި ވޮޑިގެން ނުވެއެވެ.
-
51:48
وَٱلْأَرْضَ فَرَشْنَـٰهَا فَنِعْمَ ٱلْمَـٰهِدُونَ
Wal-ʹarḍa farashnaahaa faniʻmal maahidoon!
އަދި ތިމަން ރަސްކަލާނގެ ބިންގަނޑު ފެތުރުއްވީމެވެ. އަދި އެހާ ފުރިހަމަކޮށް އެހާ މޮޅުކޮށް ހެއްދެވީ ހަމަ ތިމަން ރަސްކަލާނގެއެވެ.
-
51:49
وَمِن كُلِّ شَىْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ
Wa-miñ kulli shayʹin khalaq̣naa zawjayni laʻallakum taẓakkaroon.
އަދި ތިމަން ރަސްކަލާނގެ ކޮންމެ ބާވަތެއްގެ އެއްޗެއްވެސް ހެއްދެވީ ޖޯޑުޖޯޑަށެވެ. އަންހެން ފިރިހެން ކޮށެވެ. ކޮންމެ ބާވަތެއްވެސް ހުރީ އެހެންނެވެ. ޖޯޑު ހަމަކޮށެވެ. އެގޮތަށް އެތަކެތި ހައްދަވާފައި ވަނީ ތިޔަބައިމީހުން نصيحة ލިބިގަނޭތޯއެވެ. وعظ ލިބިގަނޭތޯއެވެ. އެތަކެތި ހެއްދެވި ފަރާތުގެ ކުޅަދުންވަންތަ ކަމާއި، އެއްކައުވަންތަކަން ދެނެގަނެ އެފަރާތަށް ކުރިމަތިލުމަށެވެ. އެފަރާތް ދެނެގަތުމަށެވެ. އެފަރާތުގެ އަމުރުތަކަށް ކިޔަމަން ވުމަށެވެ.
-
51:50
فَفِرُّوٓا۟ إِلَى ٱللَّهِ ۖ إِنِّى لَكُم مِّنْهُ نَذِيرٌ مُّبِينٌ
Fafirrooo ʹilal laah: ʹinnee lakum minhu Naẓeerum mubeen!
(އޭ رسول الله އެވެ! ކަލޭގެފާނު ވިދާޅުވާށެވެ.) ކަލޭމެން ސަލާމަތްވުމަށް الله އަށް ފިލާން ދާށެވެ. އެބަހީ އެކަލާނގެ އަށް ކާފަރުކަމާއި، އުރެދުންތައް ދޫކޮށް އެކަލާނގެ حضرة އަށް رجوع ވާށެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނީ އެކަލާނގެ حضرة ން ކަލޭމެން ކައިރިއަށް އައިސް ހުރި منذر އެކެވެ. އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންނުވާ މީހުންނަށް އެކަލާނގެ ކޯފާއާއި، ނަރަކައިގެ عذاب ހުރިކަމުގެ إنذار ކުރުމަށް އައި މީހަކީމެވެ.
-
51:51
وَلَا تَجْعَلُوا۟ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ ۖ إِنِّى لَكُم مِّنْهُ نَذِيرٌ مُّبِينٌ
Wa-laa tajʻaloo maʻal laahi ʹilaahan ʹaakhar: ʹinnee lakum minhu Naẓeerum mubeen!
އަދި ކަލޭމެން الله އާއެކު އެހެން إلٰه އެއް إختيار ނުކުރާށެވެ. އެކަލާނގެއަށް شريك ނުކުރާށެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނީ ކަލޭމެންގެ ގާތަށް އައިސް ހުރި نذير އަކީމެވެ. އެބަހީ ކަލޭމެން الله އާއެކު އެހެން ފަރާތެއް ބައިވެރިކޮށް شريك ކޮށްފިނަމަ އެކަމާމެދު ހުރި عذاب އާއި، އެކަލާނގެ ކޯފާގެ ވާހަކައިން ބިރުގެންނެވުމަށް އައިސްހުރި މީހަކީމެވެ. بيان ވެގެންވާ دليل އާއި، حُجّة އާއިގެންނެވެ.
-
51:52
كَذَٰلِكَ مَآ أَتَى ٱلَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا۟ سَاحِرٌ أَوْ مَجْنُونٌ
Kaẓaalika maaa ʹatal laẓeena miñ q̣ablihim mir Rasoolin ʹillaa q̣aaloo saaḥirun ʹaw majnoon!
ކަންތައް މިހުރީ ހަމަ އެފަދައިންނެވެ. އެބަހީ މިބައިމީހުންގެ ތެރޭގައިވެސް ކަންތައް މިހުރީ މީގެ ކުރީގެ قوم ތަކުގައިވެސް ކަންތައް ހުރި ގޮތަށެވެ. އެހެނީ މި މީހުންގެ ކުރީގެ ކޮންމެ قوم އަކަށް رسول ބޭކަލުން ވަޑައިގަތީމާވެސް އެ قوم އެއްގެ ބަޔަކު އެ رسول ބޭކަލަކު ދޮގުކޮށް އެ ބޭކަލަކީ سحر ވެރިޔެކޭ ނުވަތަ މޮޔަވެފައިވާ މީހެކޭ ބުނެއެވެ. އެފަދައިން ކަންތައް ނުކުރާ އެއްވެސް قوم އެއް ނާދެއެވެ.
-
51:53
أَتَوَاصَوْا۟ بِهِۦ ۚ بَلْ هُمْ قَوْمٌ طَاغُونَ
ʹAtawaaṣaw bih? Bal hum q̣awmuñ ṭaag̣oon!
އަޅެ ފަހެ އެބައިމީހުން އެތިބީ އެގޮތަށް ހަދަން އެއްބަޔަކު އަނެއް ބަޔަކަށް وصيّة ކޮށްގެން ހެއްޔެވެ؟ (އެބަހީ އެންމެ ފުރަތަމަ نوح ގެފާނުންގެ قوم ން ފެށިގެން محمد ގެފާނާ ދެމެދު ވޭތިވެގެން ދިޔަ ހުރިހާ قوم އެއް އެވަނީ رسول ބޭކަލަކު ވަޑައިގެންފިއްޔާ އެ ބޭކަލަކު ދޮގުކޮށް، އެއީ سحر ވެރިޔެކޭ ނުވަތަ މޮޔައެކޭ ނުވަތަ ދެންވެސް އެ ބަޔަކަށް ފެނުނު އެއްޗެއް ކިޔައި އެ ބޭކަލަކު ދޮގުކޮށް އެ ބޭކަލަކަށް إيمان ނުވުމަށް އެއްބަޔަކު އަނެއް ބަޔަކަށް وصيّة ކޮށްގެން އެގޮތަށް ނިންމައިގެން ހެއްޔެވެ؟) އެހެންނަކުން ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެމީހުންނަކީ ހަމަ ކާފަރުކަމާއި، ނުކިޔަމަންތެރިކަމުގައި ހައްދުފަހަނަޅާފައި ތިބި ބަޔެކެވެ.
-
51:54
فَتَوَلَّ عَنْهُمْ فَمَآ أَنتَ بِمَلُومٍ
Fatawalla ʻanhum famaaa ʹañta bimaloom.
(އޭ رسول الله އެވެ!) ކަލޭގެފާނުން އެމީހުންނާ ދުރަށް އެނބުރިވަޑައިގަންނަވާށެވެ! ކަލޭގެފާނަކީ އެއްގޮތަކަށްވެސް އޭގެ މަލާމާތް ލިބިވަޑައިގަންނަވާނޭ ބޭކަލެއް ނޫނެވެ. އެމީހުން إيمان ނުވިޔަސް އޭގެ އެއްވެސް ހުތުރެއް ﷲ ގެ حضرة ގައި ކަލޭގެފާނަކަށް ނެތެވެ.
-
51:55
وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ
Wa-ẓakkir faʹinnaẓ Ẓikraa tañfaʻul Muʹmineen.
ނަސޭހަތް ދެއްވާ، ހަނދާންކޮށްދެއްވާ وعظ ދެއްވާ ހައްދަވާށެވެ. ފަހެ ހަނދާންކޮށް، وعظ نصيحة ދީ ހެދުމަކީ مؤمن ންނަށް منفع ކުރާނޭ ކަމެކެވެ.
-
51:56
وَمَا خَلَقْتُ ٱلْجِنَّ وَٱلْإِنسَ إِلَّا لِيَعْبُدُونِ
Wa-maa khalaq̣tul Jinna wal-ʹiñsa ʹillaa liyaʻbudoon.
އަދި ތިމަން ރަސްކަލާނގެ ޖިންނީންނާއި އިންސާނުން ހެއްދެވީ އެމީހުން ތިމަން ރަސްކަލާނގެއަށް އެކަނި އަޅުކަން ކުރުމަށެވެ. (އެހެންވެ އަޅުކަމުގެ ވައްތަރުތަކުގެ ތެރެއިން އެއްވެސް ވައްތަރެއްގެ އަޅުކަމެއް الله ނޫން ފަރާތަކަށް ކޮށްފި މީހާއީ ކަނޑައެޅިގެން مشرك އެކެވެ.)
-
51:57
مَآ أُرِيدُ مِنْهُم مِّن رِّزْقٍ وَمَآ أُرِيدُ أَن يُطْعِمُونِ
Maaa ʹureedu minhum mir Rizq̣iñw Wamaaa ʹureedu ʹañy yuṭʻimoon.
އެބައިމީހުންގެ ކިބައިން އެއްވެސް رزق އަކަށް - އެއްވެސް منفع އަކަށް - ތިމަން ރަސްކަލާނގެ ނޭދެމެވެ. އަދި ތިމަން ރަސްކަލާނގެއަށް ކާންދޭކަށްވެސް އެމީހުންގެ ކިބައިން ތިމަން ރަސްކަލާނގެ ނޭދެމެވެ. (މިއާޔަތުގެ އެއް މުރާދަކީ ދުނިޔޭގައި އަޅުން ގެންގުޅޭ ސާހިބުން އެމީހުންގެ އަޅުންގެ ކިބައިން منفع ތައް އެދޭ ފަދައިން ތިމަން ރަސްކަލާނގެ އެމީހުންގެ ކިބައިން އެއްވެސް منفع އަކަށް ނޭދެމެވެ. މިއެވެ.)
-
51:58
إِنَّ ٱللَّهَ هُوَ ٱلرَّزَّاقُ ذُو ٱلْقُوَّةِ ٱلْمَتِينُ
ʹInnal laaha Huwar Razzaaq̣u Ẓul Q̣uwwatil Mateen.
ހަމަކަށަވަރުން الله އީ ގިނަގިނައިން ރިޒުގުދެއްވާ ގަދަފަދަވަންތަ އަދި ބާރުގެ ވެރި ކަލާނގެއެވެ. (އެއްވެސް ކަމަކަށް ނުކުޅެދިވޮޑިގެން ނުވެއެވެ.)
-
51:59
فَإِنَّ لِلَّذِينَ ظَلَمُوا۟ ذَنُوبًا مِّثْلَ ذَنُوبِ أَصْحَـٰبِهِمْ فَلَا يَسْتَعْجِلُونِ
Faʹinna lillaẓeena z̤̣alamoo ẓanoobam mis̤la ẓanoobi ʹaṣḥaabihim falaa yastaʻjiloon!
ފަހެ އަނިޔާވެރިވީ މީސްތަކުންނަށް عذاب އާއި عقوبات ގެ ގޮތުން އިސްވެދިޔަ އެބާވަތުގެ މީހުންނަށް ހުރިވަރު عذاب އާއި عقوبات ހުއްޓެވެ. އެމީހުންނަށް އޮތް ބާލިދީއަކަށް މިމީހުންނަށްވެސް ހަމަ ބާލިދީއެއް ވެއެވެ. (އިސްވެދިޔަ ކާފަރުންނަށް ހުރި ވަރުގެ ބައެއް މި މީހުންނަށްވެސް ހަމަ ހުންނަ ހުއްޓެވެ.) އެމީހުން ފަހެ އެ عذاب އައުމަށް ތިމަން ރަސްކަލާނގެ حضرة ގައި އަވަސްވެ ނުގަންނަހުރިކަމެވެ. އޭގެ ވަގުތުގައި އެ عذاب އަންނާނެއެވެ. އިސްފަސް ނުވާނެއެވެ.
-
51:60
فَوَيْلٌ لِّلَّذِينَ كَفَرُوا۟ مِن يَوْمِهِمُ ٱلَّذِى يُوعَدُونَ
Fawaylul lillaẓeena kafaroo miñy Yawmihimul laẓee yooʻadoon
ފަހެ ކާފަރުވީ މީސްތަކުންނަށް އެމީހުންގެ ދުވަހުން، (قيامة ދުވަހުން) އެމީހުންނަށް وعد ވެވިގެންވާ وَيْلُ ހުންނަ ހުއްޓެވެ. ނަރަކައިގެ عذاب ހުންނަ ހުއްޓެވެ. ދަންނައެވެ. وَيْلُ އަކީ ނަރަކައިގެ ހޫނުކަން ގަދަވެގެންވާ ވާދީއެއް ކަމަށް ރިވާވެގެން ވެއެވެ. އެތާ ވަނީ ނަރަކަވަންތަ ވެރީން ގައިން ފައިބާ ދޮހާއި، ލެޔާއި، ފާދިޔަޔާއި، އަދިވެސް.......
Surah At-TurBegins here at 52:1
-
52:1
وَٱلطُّورِ
Wat-Ṭoor;
طور ފަރުބަދަ ގަންދެއްވައި ﷲ تعالى ހުވައި وحِى ކުރައްވައެވެ. (طور ފަރުބަދައަކީ سيناء އެވެ. ކިޔާ ތާނގައި އޮންނަ ފަރުބަދައެކެވެ. އެ ފަރުބަދަ مشهور ވެފައި ވަނީ موسى عليه السلام އެ ފަރުބަދަ މަތީގައި ނުވަތަ އެތާ ގާތުގައި ހުންނަވަނިކޮށް ﷲ تعالى އެކަލޭގެފާނަށް وحِى ބާވާތްލެއްވުމުންނެވެ. އަދި އެ ފަރުބަދައަށް ﷲ تجلى ވެވޮޑިގަތުމުންނެވެ.) والله أعلم\nދަންނައެވެ. ﷲ އެދިވޮޑިގެންނެވި ކޮންމެ އެއްޗެއް ގަންދެއްވައި ހުވައިކުރެއްވުމީ ﷲ تعالى ގެރަސްކަން ފުޅަށް جائز ކަމެކެވެ. އެކަމަކު އެކަލާނގެ مخلوق ންނަށް ﷲ ގަންދީ، ނުވަތަ އެކަލާނގެ إسم ފުޅެއް ނުވަތަ صفة އެއް ގަންދީނޫނީ ހުވައިކުރުން ހުއްދަވެގެން ނުވެއެވެ. جائز ވެގެން ނުވެއެވެ.
-
52:2
وَكِتَـٰبٍ مَّسْطُورٍ
Wa-Kitaabim masṭoor
އަދި ލިޔެވިގެންވާ ފޮތް ގަންދެއްވައި ﷲ تعالى ހުވައި وحِى ކުރައްވައެވެ.
-
52:3
فِى رَقٍّ مَّنشُورٍ
Fee Raq̣q̣im mañshoor;
އެފޮތަކީ ތުނި، ރީތި ހަމުގައި ލިޔެވިފައިވާ ފޮތެކެވެ.\nދަންނައެވެ. މި ދެއާޔަތުގައި ސިފަކުރައްވާފައިވާ ފޮތަކާމެދު تفسير علم ވެރީންގެ ބަސް ތަފާތުވެގެން ވެއެވެ. އެއީ لوح المحفوظ ކަމުގައި— قرآن ކަމުގައި - ނުވަތަ ﷲ ބާވައިލެއްވި ހުރިހާ ފޮތެއް ކަމުގައި - ނުވަތަ موسى عَليه السلام އަށް ބާވައިލެއްވި لوح ތައް ކަމުގައި - ނުވަތަ ދެ މަލާއިކަތް ބޭކަލުން ލިޔުއްވާ ދެ ފަތް ކަމުގައި - ނުވަތަ ކަމުގައި ބުނެވެއެވެ. މި ހުރިހާ ގޮތްގޮތަށް ބުނެވިފައި އެބަ ހުއްޓެވެ. ގިނަ ބޭކަލުން ބުރަވެލައްވަނީ ކީރިތި — قرآن ކަމަށެވެ. والله أعلم.
-
52:4
وَٱلْبَيْتِ ٱلْمَعْمُورِ
Wal-Baytil maʻmoor;
بيت المعمور ގަންދެއްވައި ﷲ تعالى ހުވައި وحِى ކުރައްވައެވެ. (بيت المعمور އަކީ: ހަތްވަނައުޑުގައިވާ ގެފުޅެވެ. އެއީ ملائكة ބޭކަލުންގެ ގެފުޅެވެ. އެތަނަށް ކޮންމެ ދުވަހަކު ހަތްދިހަހާސް މަލާއިކަތް ބޭކަލުން ވެދެވަޑައިގަންނަވާ ކަމުގައި ވެއެވެ. އަދި އެއްދުވަހު ވެދެވަޑައިގަތް ބޭކަލަކު ދެން ވެދެވަޑައި ނުގަންނަވާ ކަމުގައި ވެއެވެ. އެތަން ހުންނަނީ ބިމުގައި ހުންނަ كعبة الله އާހަމަ ދިމާގައި ކަމުގައި ވެއެވެ. މި خبر ތައް صحّ މަގުން حديث ގައި ވާރިދުވެގެން އައިސްފައި ވެއެވެ.) والله أعلم.
-
52:5
وَٱلسَّقْفِ ٱلْمَرْفُوعِ
Was-Saq̣fil marfooʻ;
އަދި އުފުލިގެންވާ ފުރާޅު يعني އުޑު ގަންދެއްވައި ﷲ تعالى ހުވައި وحِى ކުރައްވައެވެ.
-
52:6
وَٱلْبَحْرِ ٱلْمَسْجُورِ
Wal-Baḥril masjoor;
އަދި އަލިފާން ރޯވާ ކަނޑު ނުވަތަ ފުރިފައިވާ ކަނޑު ގަންދެއްވައި ﷲ ހުވައި وحِى ކުރައްވައެވެ.\nދަންނައެވެ. قيامة ދުވަހުން ކަނޑުގައި އަލިފާން ރޯވެ އަނދާނޭ ކަމުގައި قرآن ގެ އެހެން آية އަކުންވެސް دليل ކުރެއެވެ. އެއީ (وَإذَاالْبِحارُ سُجِّرَتْ) މިއެވެ.
-
52:7
إِنَّ عَذَابَ رَبِّكَ لَوَٰقِعٌ
ʹInna ʻAẓaaba Rabbika lawaaq̣iʻ;―
(އިސްވެދިޔަ ހުރިހާ ހުވައިގެ ޖަވާބަކީ ނުވަތަ އެ ހުވައިން މުރާދުކުރެވެނީ) ހަމަކަށަވަރުން (އޭ رسول الله އެވެ.) ކަލޭގެފާނުންގެ رب ގެ عذاب އަކީ ކަނޑައެޅިގެން ހަމަ يقين ންވެސް އޮންނާނޭ އެއްޗެކެވެ. (قيامة ދުވަހުން އެ عذاب حق ވެއްޖެ ބަޔަކަށް އެ عذاب ނުޖެހި ނުދާނޭ ކަމީ ކަށަވަރު ކަމެކެވެ. އެ ހުރިހާ އެއްޗެއް ގަންދެއްވައި ﷲ تعالى އެ ހުވައި وحي ކުރައްވާ ކަމަކީ يقين ކަމެކެވެ. އެންމެހާ އަޅުތަކުން އެކަމަށް ބިރުވެތިވެ އެ عذاب ން ސަލާމަތް ވޭތޯ މަސައްކަތްކުރުން ކޮންމެހެން وَاجِبُ ވެގެން ވެއެވެ. އެ عذاب دفاع ކުރެވޭނޭ އެކަކުވެސް ނުވެއެވެ.
-
52:8
مَّا لَهُۥ مِن دَافِعٍ
Maa- lahoo miñ daafiʻ;―
އެ عذاب دفاع ކުރެވޭނޭ އެކަކުވެސް ނުވެއެވެ. (އެ عذاب އަކީ ﷲ ގެ حضرة ން އަންނަ عذاب އެއް ކަމުގައި ވީ ހިނދުން އެކަލާނގެ މެނުވީ އެ عذاب دفاع ކޮށްލެވޭނޭ ހަމަ އެކަކުވެސް ނުވެއެވެ.
-
52:9
يَوْمَ تَمُورُ ٱلسَّمَآءُ مَوْرًا
Yawma tamoorus samaaaʹu mawraa,
އެދުވަހަކީ يعني އެ عذاب އަންނަ ދުވަހަކީ އުޑު ތެޅިގަނެ حركاة ކޮށް ކުދިކުދިވާ ދުވަހެވެ. އަދި އޭގެ މަގާމުން ނެއްޓިގެންދާ ދުވަހެވެ.
-
52:10
وَتَسِيرُ ٱلْجِبَالُ سَيْرًا
Wa-taseerul jibaalu sayraa.
އަދި ފަރުބަދަތައް ހުރި ތަންތަނުން ވަކިވެ ވަޔަށް ބުރައިގެންދާނޭ ދުވަހެވެ. އެއީ قيامة ދުވަހެވެ.
-
52:11
فَوَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Fawayluñy Yawmaʹiẓil lil-mukaẓẓibeen;―
ދޮގުވެރީންނަށް އެދުވަހުން ويل ހުއްޓެވެ. ނަރަކައިގެ ގަދަ عذاب ހުއްޓެވެ.
-
52:12
ٱلَّذِينَ هُمْ فِى خَوْضٍ يَلْعَبُونَ
ʹAllaẓeena hum fee khawḍiñy yalʻaboon.
އެ ދޮގުވެރީންނަކީ ކަނޑައެޅިގެން باطل ގެ ތެރޭގައި ދެފުށުއެޅިއެޅި ތިބޭ މީހުންނެވެ. (محمّد ގެފާނާމެދު ދޮގުހަދާ، މަލާމާތްކޮށް، ءاخرة ހަނދާން ނައްތާލާ، ދުނިޔޭގެ މަޖަލުގެ ތެރެއަށް ފީނައިގަނެގެން ތިބި މީހުންނެވެ.)
-
52:13
يَوْمَ يُدَعُّونَ إِلَىٰ نَارِ جَهَنَّمَ دَعًّا
Yawma yudaʻʻoona ʹilaa Naari Jahannama daʻ-ʻaa.
އެދުވަހުން (އެ ދޮގުވެރީން) އެމީހުން ނަރަކައިގެ އަލިފާނުގެ ތެރެއަށް ކޮއްޕަމުން، ގަޅުވަމުން ގަދަފަދަކަމާއެކު ގެންދެވޭނެއެވެ.
-
52:14
هَـٰذِهِ ٱلنَّارُ ٱلَّتِى كُنتُم بِهَا تُكَذِّبُونَ
Haaẓihin Naarul latee kuñtum̃ bihaa tukaẓẓiboon!
(އަދި އެދުވަހުން އެމީހުންނަށް ގޮވޭނެއެވެ.) މި އަލިފާނަކީ، (ކަލޭމެން ވަދެ ތިޔަ ތިބި އަލިފާނަކީ، ދުނިޔޭގައި ކަލޭމެން އުޅުނުއިރު) އެ އަލިފާން ދޮގުކުރި ކަމުގައިވީ އަލިފާނެވެ.
-
52:15
أَفَسِحْرٌ هَـٰذَآ أَمْ أَنتُمْ لَا تُبْصِرُونَ
ʹAfasiḥrun haaẓaaa ʹam ʹañtum laa- tubṣiroon?
އަޅެ ފަހެ ތިޔައީ سحر އެއް ހެއްޔެވެ؟ (رسول ބޭކަލުންނާއި، އެބޭކަލުންގެ ފޮތްތަކާމެދު ކަލޭމެން ބުނެއުޅުނީ سحر ކަމަށެވެ.) ނުވަތަ ކަލޭމެންނަށް ނުފެންނަނީ ހެއްޔެވެ؟ (ދުނިޔޭގައި ކަލޭމެން حقّ ން އަނދިރިވެގެންވީ ފަދައިން މިއަދުވެސް ވަނީ އަނދިރިވެގެން ހެއްޔެވެ؟ މިފާޑުގެ ހުރިހާ ބަސްތަކެއް އެމީހުންނަށް މަލާމާތުގެ ގޮތުންނާއި، عذاب އިތުރު ކުރެއްވުމުގެ ގޮތުން އެމީހުންނަށް އިއްވޭނެއެވެ.)
-
52:16
ٱصْلَوْهَا فَٱصْبِرُوٓا۟ أَوْ لَا تَصْبِرُوا۟ سَوَآءٌ عَلَيْكُمْ ۖ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ
ʹIṣlawhaa faṣbirooo ʹaw laa- taṣbiroo: sawaaaʹun ʻalaykum: ʹinnamaa tujzawna maa- kuñtum taʻmaloon.
ކަލޭމެން އެ ނަރަކައަށް ވަންނާށެވެ. އަދި އެތާނގެ ހޫނުކަމާއި، ގަދަ عذاب ގެ ރަހަ ލިބިގަންނާށެވެ. ފަހެ ކަލޭމެން ކެތްކުރިޔަސް ނުވަތަނުކުރިޔަސް ކަލޭމެން އެ عذاب تحمّل ކުރާށެވެ. އެ ދެގޮތްވެސް ކަލޭމެންގެ މައްޗަށް ހަމަހަމަވެގެން ވެއެވެ. ހަމަ ކަށަވަރުން ކަލޭމެންނަށް عذاب ލިބެމުން ތިޔަ ދަނީ ކަލޭމެން ދުނިޔޭގައި ތިބެގެން ކުރަމުންދިޔަ ކަންތަކުގެ ސަބަބުންނެވެ.
-
52:17
إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍ وَنَعِيمٍ
ʹInnal Muttaq̣eena Fee Jannaatiñw Wa-Naʻeem,―
ހަމަކަށަވަރުން تقوى ވެރީން قيامة ދުވަހުން ވާނީ ބަގީޗާތަކާއި، އެބަހީ ސުވަރުގެތަކާއި، نعمة ތަކުގައެވެ. (މާތްވެގެންވާ ސުވަރުގޭގެ ކޮޓަރި ކޮޅުތަކުގައި ﷲ އެބައިމީހުންނަށް ދެއްވާ ދަރުމަކުރެއްވި عدد ނުވެވޭހައި ގިނަގުނަ نعمة ގައެވެ.)
-
52:18
فَـٰكِهِينَ بِمَآ ءَاتَىٰهُمْ رَبُّهُمْ وَوَقَىٰهُمْ رَبُّهُمْ عَذَابَ ٱلْجَحِيمِ
Faakiheena bimaaa ʹaataahum rabbuhum wa-waq̣aahum Rabbuhum ʻAẓaabal Jaḥeem.
އަދި އެބައިމީހުންގެ ربّ އެބައިމީހުންނަށް ދެއްވި މާތްވެގެންވާ ބުއިންތަކާއި، ކެއުންތަކުން لذّة حاصل ކޮށްކޮށެވެ. އަދި ނަރަކައިގެ އެކި ވަންނިވަންނީގެ عذاب ން އެމީހުންގެ ربّއެމީހުން ސަލާމަތްކުރެއްވިއެވެ.
-
52:19
كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَا كُنتُمْ تَعْمَلُونَ
Kuloo washraboo haneeeʹam bimaa kuñtum taʻmaloon.
(އަދި އެދުވަހުން އެމީހުންނަށް ނިދާ އިއްވޭނެއެވެ.) ކަލޭމެން ތަނަވަސްކަމާއި، ހިތްފަސޭހަކަމާއެކު ކައިބޮއި ހަދަމުން ގެންދާށެވެ. އެއީ ކަލޭމެން (ދުނިޔޭގައި ތިބެގެން) ކުރަމުން ގެންދިޔަ ހެޔޮ عمل ތަކުގެ ސަބަބުންނެވެ.
-
52:20
مُتَّكِـِٔينَ عَلَىٰ سُرُرٍ مَّصْفُوفَةٍ ۖ وَزَوَّجْنَـٰهُم بِحُورٍ عِينٍ
Muttakiʹeena ʻalaa sururim maṣfoofah: wa-zawwaj-naahum̃ biḥoorin ʻeen.
އެމީހުން އެ ސުވަރުގޭގައި ތިބޭއިރު ތިބޭނީ ސަފުސަފަށް އެތުރިފައި ހުންނަ ރީތި ސޯފާ އެނދުތަކުގައި ލެނގިލައިގެން عزّة ތެރިކަމާއި އުފާވެރިކަމާ އެކުގައެވެ. އަދި ތިމަން ރަސްކަލާނގެ އެމީހުންނަށް ރިވެތިވެގެންވާ، މާތްވެގެންވާ حورالعين ން (ކާވެނިކޮށްދެއްވާ) ގުޅައިދެއްވާހުށީމެވެ.
-
52:21
وَٱلَّذِينَ ءَامَنُوا۟ وَٱتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَـٰنٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَآ أَلَتْنَـٰهُم مِّنْ عَمَلِهِم مِّن شَىْءٍ ۚ كُلُّ ٱمْرِئٍۭ بِمَا كَسَبَ رَهِينٌ
Wallaẓeena ʹaamanoo wattabaʻathum ẓurriyyatuhum̃ biʹeemaanin ʹalḥaq̣naa bihim ẓurriyyatahum wa-maaa ʹalatnaahum min ʻamalihim miñ shayʹ: kullum riʹim bimaa kasaba raheen.
އަދި إيمان ވެގެން ތިބި مؤمن ންނާ، އެބައިމީހުންގެ إيمان ވި ދަރިފަސްކޮޅު ތަބާވާ ހުއްޓެވެ. (އެބަހީ ދަރިފަސްކޮޅުގެ إيمان ކަން ދެރަވެފާ ضعيف ނަމަވެސް އެމީހުންގެ ސުވެރުގޭގައި ތިބި މައިންބަފައިންނާ ބައްދަލުވާ ހުއްޓެވެ. އެއީ އެމީހުންނަށް ދެއްވާ މާތްކަމެކެވެ. އުފާވެރިކަން ފުރިހަމަވުމަށް ޓަކައެވެ. އެހެންވެ ﷲ تعالى وحِى ކުރައްވައެވެ.) އެމީހުންނާއި، يعني ސުވަރުގޭގައި ތިބި مؤمن ންނާއި، އެމީހުންގެ ދަރިފަސްކޮޅު ތިމަން ރަސްކަލާނގެ ގުޅުވައިދެއްވައި، ބައްދަލުކޮށްދެއްވާ ހުށީމެވެ. އަދި އޭގެ ސަބަބުން އެ مؤمن މައިންބަފައިންގެ ثواب އާއި، ދަރުމައިގެ ތެރެއިން އެއްވެސް އެއްޗެއް މަދުނުވާ ހުއްޓެވެ. ކޮންމެ މީހަކުވެސް އެމީހަކު ކުރި عمل އަކާއެކު مسئول ވެގެން ވެއެވެ. ބަނދެވިގެން ވެއެވެ.
-
52:22
وَأَمْدَدْنَـٰهُم بِفَـٰكِهَةٍ وَلَحْمٍ مِّمَّا يَشْتَهُونَ
Wa-ʹamdadnaahum̃ bifaakihatiñw walaḥmim mimmaa- yashtahoon.
އަދި ތިމަން ރަސްކަލާނގެ އެމީހުންނަށް ސުވަރުގޭގައި މޭވާގެ ބާވަތްތައް ދެއްވާހުށީމެވެ. އަދި އެމީހުން ކާހިތްވާ އަދި އެދޭ ޒާތުގެ މަސްވެސް އެތާނގައި އެމީހުންނަށް ދެއްވާހުށީމެވެ.
-
52:23
يَتَنَـٰزَعُونَ فِيهَا كَأْسًا لَّا لَغْوٌ فِيهَا وَلَا تَأْثِيمٌ
Yatanaazaʻoona feehaa kaʹsal laa lag̣wuñ feehaa wa-laa taʹs̤eem.
އެމީހުން އެތާ ރަލުގެ ތަށިތަށި ލިބިގަންނާނެއެވެ. ރާތަށި ބޯނެއެވެ. (އެކަމަކު އެ ރަލުގައި) އެއްވެސް ބާވަތެއްގެ މަސްތެއްވެ، އޭގެ ސަބަބުން ބޭކާރު ވާހަކަތަކާއި، ވިޔާނުދާ ބާވަތުގެ އެއްޗެތި ކިޔާ ނަހަދާނެއެވެ. އަދި އެ ރާ ބުޔަސް ފާފަވެރިއެއް ނުވާނެއެވެ. (އެއީ ސުވަރުގޭގެ އަހުލުވެރީންނަށް ﷲ تعالى خاصّ ކުރައްވާފައިވާ ރަލެކެވެ.)
-
52:24
۞ وَيَطُوفُ عَلَيْهِمْ غِلْمَانٌ لَّهُمْ كَأَنَّهُمْ لُؤْلُؤٌ مَّكْنُونٌ
Wa-yaṭoofu ʻalayhim g̣ilmaanul lahum kaʹannahum Luʹluʹum maknoon.
އަދި އެމީހުން ސުވަރުގޭގައި މަޖާކޮށް ތިބޭއިރު އެމީހުންގެ خدمة ގައި އެމީހުންނަށް خاصّ ކުރައްވާފައިވާ خادم ން އަބަދާ އަބަދު ހިނގަހިނގާ ތިބޭނެއެވެ. އެ خادم ންގެ ރީތިކަން ކޮންފަދަ ހެއްޔެވެ؟ ރީތިކޮށް ފޮރުވައި ރައްކާކުރެވިފައިވާ ރަން މުތްތަކެއްފަދަ ވާނެއެވެ.
-
52:25
وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ
Wa-ʹaq̣bala baʻḍuhum ʻalaa baʻḍiñy yatasaaaʹaloon.
އަދި ސުވަރުގޭގައި ތިބޭއިރު އެއްބަޔަކު އަނެއް ބަޔަކަށް ކުރިމަތިލައި، ސުއާލުކޮށް، މަޖާނަގާ ހަދާނެއެވެ.
-
52:26
قَالُوٓا۟ إِنَّا كُنَّا قَبْلُ فِىٓ أَهْلِنَا مُشْفِقِينَ
Q̣aalooo ʹinnaa kunnaa q̣ablu feee ʹahlinaa mushfiq̣een.
އެމީހުން (އެއްބަޔަކު އަނެއް ބަޔަކަށް ބުނާނެއެވެ.) "އަހުރެމެންގެ أهل ވެރީންނާއެކު ދުނިޔޭގައި އުޅުނުއިރު އަހުރެމެން ވީ ﷲ ގެ عذاب އަށް ބިރުވެތިވެގެންވާ حال ގައެވެ."
-
52:27
فَمَنَّ ٱللَّهُ عَلَيْنَا وَوَقَىٰنَا عَذَابَ ٱلسَّمُومِ
Famannal laahu ʻalaynaa wa-waq̣aanaa ʻAẓaabas Samoom.
ފަހެ ﷲ تعالى އަހުރެމެންގެ ފާފަ ފުއްސަވާ رحمة ލައްވައި، އެކަލާނގެއަށް ކިޔަމަންވުމުގެ ހެޔޮ توفيق ދެއްވައި ދަރުމަކުރެއްވީއެވެ. އަދި ނަރަކައިގެ އެކި ބާވަތުގެ عذاب ން އެކަލާނގެ އަހުރެމެން ސަލާމަތް ކުރައްވައި، ދަރުމަކުރެއްވީއެވެ. (އެއީ ކިހާބޮޑު نعمة އެއް ހެއްޔެވެ؟)
-
52:28
إِنَّا كُنَّا مِن قَبْلُ نَدْعُوهُ ۖ إِنَّهُۥ هُوَ ٱلْبَرُّ ٱلرَّحِيمُ
ʹInnaa kunnaa miñ q̣ablu nadʻooh: ʹinnahoo Huwal Barrur Raḥeem!
"ހަމަކަށަވަރުން މީގެ ކުރީން އަހުރެމެން ދުނިޔޭގައި ތިބިއިރު އަހުރެމެން އެކަލާނގެއަށް دعاء ކޮށް ހެދީމެވެ. (އެއީ ނަރަކައިން ސަލާމަތްކުރައްވައި، ސުވަރުގެ ވައްދަވާތޯއެވެ.) އެކަލާނގެ އެކަން އަހުރެމެންނަށް ހިންމަވާދެއްވީއެވެ.) ހަމަކަށަވަރުން އެކަލާނގެއީ إحسان ވަންތަކަން ނުހަނު ބޮޑުވެގެންވާ رحمة ލެއްވުން ބޮޑުވެގެންވާ އޯގާވަންތަ ކަލާނގެއެވެ."
-
52:29
فَذَكِّرْ فَمَآ أَنتَ بِنِعْمَتِ رَبِّكَ بِكَاهِنٍ وَلَا مَجْنُونٍ
Faẓakkir famaaa ʹañta bi-Niʻmati Rabbika bikaahiniñw walaa majnoon.
(އޭ رسول الله އެވެ.) ކަލޭގެފާނު މީސްތަކުންނަށް نصيحة ދެއްވާ وعظ ދެއްވާ ހައްދަވާށެވެ. މީސްތަކުންނަށް ﷲ ހަނދާންކޮށްދެއްވުން މަތީ قائم ވެ ހުންނަވާށެވެ. (ކަލޭގެފާނަށް ﷲ ދެއްވާފައިވާ ބޮޑު نعمة އެބަހީ نبي ކަމާއި، އަދި ބުއްދީގެ ބުރަކަމާއި، ވިސްނުމުގެ ތަނަވަސްކަމާއި، މި ކަންކަމަކީ އެއްގޮތަކަށްވެސް ކަލޭގެފާނަކީ ކަހީނަކު ކަމުގައި ނުވަތަ ދުނިޔޭން މޮޔަވެފައިވާ މީހަކު ކަމުގައި ވުމަށް އެކަށީގެންވާ ކަންކަމެއް ނޫނެވެ.)
-
52:30
أَمْ يَقُولُونَ شَاعِرٌ نَّتَرَبَّصُ بِهِۦ رَيْبَ ٱلْمَنُونِ
ʹAm yaq̣ooloona Shaaʻirun natarabbaṣu bihee raybal manoon!
ނުވަތަ ކަލޭގެފާނަކީ شاعر އެކޭ، ޅެންވެރިޔެކޭ އެމީހުން ބުނަނީ ހެއްޔެވެ؟ يعني އެމީހުން އެ ބުނަނީ ކަލޭގެފާނަކީ ކަނޑައެޅިގެން ޅެންވެރިއެއްކަމަށެވެ. ވީމާ އެހެނިހެން ބޮޑެތި ޅެންވެރީންވެސް މަރުވެ ހަލާކުވެގެން ދިޔަ ގޮތަށް ޒަމާން އެނބުރެމުން ގޮސް ކަލޭގެފާނުވެސް ހަލާކުވެގެން ދިއުމަށް އެމީހުން إنتظار ކުރަނީއެވެ.
-
52:31
قُلْ تَرَبَّصُوا۟ فَإِنِّى مَعَكُم مِّنَ ٱلْمُتَرَبِّصِينَ
Q̣ul tarabbaṣoo faʹinnee maʻakum minal mutarabbiṣeen!
(އޭ رسول الله އެވެ! އޭގެ ޖަވާބުގައި) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން إنتظار ކުރާށެވެ. އަހުރެންވެސް ކަލޭމެންނާއެކު إنتظار ކުރާ މީހުންގެ ތެރެއިން ވަމެވެ.
-
52:32
أَمْ تَأْمُرُهُمْ أَحْلَـٰمُهُم بِهَـٰذَآ ۚ أَمْ هُمْ قَوْمٌ طَاغُونَ
ʹAm taʹmuruhum ʹaḥlaamuhum̃ bihaaẓaaa ʹam hum q̣awmuñ ṭaag̣oon?
ނުވަތަ އެމީހުންގެ ބުއްދިތައް (އެ ތާކުން-ތާކު ނުޖެހޭ ވާހަކަތައް ދެއްކުމަށް) އެމީހުންނަށް އަންގައި أمر ކުރަނީ ހެއްޔެވެ؟ އެހެން ވީއެއްވެސް ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެމީހުންނަކީ ދެކޮޅުވެރިކަމާއި، ނުކިޔަމަންތެރިކަމުގައި ހައްދު ފަހަނަޅާފައިވާ ބަޔަކީއެވެ.
-
52:33
أَمْ يَقُولُونَ تَقَوَّلَهُۥ ۚ بَل لَّا يُؤْمِنُونَ
ʹAm yaq̣ooloona taq̣awwalah? Bal laa yuʹminoon!
ނުވަތަ އެކަލޭގެފާނު އަމިއްލައަށް ދޮގު ވާހަކަތަކެއް އުފައްދައިގަނެގެން قرآن އޭ ކިޔައިގެން ބޮޑު ދޮގު ވާހަކައެއް ހެދީ ހެއްޔެވެ؟ މިހެންވެސް އެމީހުން ބުނީ ހެއްޔެވެ؟ އެއްގޮތަކަށްވެސް އެހެންނަކުން ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެމީހުން إيمان ނުވަނީއެވެ.
-
52:34
فَلْيَأْتُوا۟ بِحَدِيثٍ مِّثْلِهِۦٓ إِن كَانُوا۟ صَـٰدِقِينَ
Falyaʹtoo biḥadees̤im mis̤liheee ʹiñ kaanoo Ṣaadiq̣een!
(ފަހެ ކަލޭމެން ތިޔަ ބުނަނީ ތެދެއް ކަމުގައި ވަންޏާ محمّد ގެފާނު ހެދި ގޮތަށް) ކަލޭމެން ނިކަން އެފަދަ ވާހަކައެއް އެފަދަ قرآن އެއް ނިކަން ގެނަސްބަލާށެވެ. ކަލޭމެން ތިޔައީ ބަހުގެ ބޮޑެތި ماهر ން ވިއްޔާއެވެ. (ދެންފަހެ ކަލޭމެންނަށް އެފަދަ آية އެއް ނުވަތަ ސޫރަތެއްވެސް ނުހެދުނު ހިނދުން محمّد ގެފާނު އަމިއްލަފުޅަށް قرآن ހެއްދެވި ކަމަށް ތިޔަ ބުނަނީ ބުއްދީގެ ކޮން ދަލީލަކުން ބާވައެވެ؟ ތިޔައީ ބޭކާރު باطل ވާހަކައެކެވެ.)
-
52:35
أَمْ خُلِقُوا۟ مِنْ غَيْرِ شَىْءٍ أَمْ هُمُ ٱلْخَـٰلِقُونَ
ʹAm khuliq̣oo min g̣ayri shayʹin ʹam humul khaaliq̣oon?
ނުވަތަ އެމީހުން ހެއްދެވިފައި ވަނީ ހެއްދެވި އެއްވެސް ފަރާތެއް خالق އެއް ނެތި ހަމަ އަމިއްލަޔަށް ހެއްޔެވެ؟ ނުވަތަ އެމީހުން އެއީ ތަކެތި ހައްދަވާ މީހުން ހެއްޔެވެ؟ ދުނިޔޭގައި މިވާހައި ތަކެތި ހައްދަވަނީ ހަމަ އެމީހުން ހެއްޔެވެ؟
-
52:36
أَمْ خَلَقُوا۟ ٱلسَّمَـٰوَٰتِ وَٱلْأَرْضَ ۚ بَل لَّا يُوقِنُونَ
ʹAm khalaq̣us samaawaati wal-ʹarḍ? Bal laa yooq̣inoon.
ނުވަތަ އުޑުތަކާއި، ބިންތައް ހެއްދެވީ އެމީހުން ހެއްޔެވެ؟ އެހެން ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެމީހުން ހަމަ يقين ނުކުރަނީއެވެ. އެބަހީ އުޑުތަކާއި، ބިން ހެއްދެވީ ﷲ ކަމުގައި އެމީހުން قبول ނުކުރަނީއެވެ.
-
52:37
أَمْ عِندَهُمْ خَزَآئِنُ رَبِّكَ أَمْ هُمُ ٱلْمُصَۣيْطِرُونَ
ʹAm ʻiñdahum khazaaaʹinu Rabbika ʹam humul musayṭiroon?
ނުވަތަ ކަލޭގެފާނުންގެ ربّ ގެ خزانة ތައް އެމީހުންގެ އަތުގައި ވަނީ ހެއްޔެވެ؟ (ވާރެޔާއި، ރިޒުގުގެ އެންމެހާ خزانة ތައް އެމީހުން އަތުގައި ވަނީ ހެއްޔެވެ؟ އަދި އެއިން އެމީހުން ބޭނުން މީހަކަށް، ބޭނުން ވަރަކަށް ދެވިދާނޭ ހެއްޔެވެ؟) ނުވަތަ އެމީހުން އެއީ އެމީހުން ބޭނުންހާ ގޮތަކަށް އުޅޭހާ ބާރުހުރި ވަރުގަދަ جبّار ބަޔަކީ ހެއްޔެވެ؟ އެމީހުންގެ މައްޗަށް ބާރު ހިންގޭނޭ އެކަކުވެސް ނެތީ ބާވައެވެ؟ އެއްގޮތަކަށްވެސް އެހެން ނޫނެވެ.
-
52:38
أَمْ لَهُمْ سُلَّمٌ يَسْتَمِعُونَ فِيهِ ۖ فَلْيَأْتِ مُسْتَمِعُهُم بِسُلْطَـٰنٍ مُّبِينٍ
ʹAm lahum sullamuñy yastamiʻoona feeh? falyaʹti mustamiʻuhum̃ bisulṭaanim mubeen.
ނުވަތަ އެމީހުން އުޑަށް އަރައިގެން ގޮސް އުޑުގެ خبر ތައް އެހުމަށް ޓަކައި އަރާނޭ ހަރުގަނޑެއް ނުވަތަ ސިޑިއެއް އެމީހުންނަށް ވަނީ ހެއްޔެވެ؟ (محمّد ގެފާނާ جدل ކޮށް، އިދިކޮޅު ހެދޭނީ އެހެންނަމަ ތާއެވެ؟) ދެންފަހެ (އުޑުން އަޑުއެހި ކަމަށް ވަންޏާ) އެ އަޑު އެހި ބަޔަކު އެމީހުން ދައްކާ ވާހަކައާއި، ކުރާ دعوى ތެދުކަމުގެ މައްޗަށް دليل ކުރާނޭ حُجّة އެއް ނިކަން ގެނަސްބަލާށެވެ. (އެމީހުން އެ خبر މިހާރު ގެންނާނީ ކޮންފަދައަކުން ހެއްޔެވެ؟ جنّ ންނާއި، ސައިތާނުންނަށް ވެސް މިހާރު ވަނީ އެކަން ބަންދު ވެފައެވެ. މި މީހުންނަށް އަދި އެރޭނީ ކޮންފަދައަކުން ހެއްޔެވެ؟
-
52:39
أَمْ لَهُ ٱلْبَنَـٰتُ وَلَكُمُ ٱلْبَنُونَ
ʹAm lahul banaatu wa-lakumul banoon?
ނުވަތަ (އޭ މިތިބަ مشرك ންނޭވެ.) الله އަށް އަންހެން ދަރީން ނިސްބަތްކޮށްފައި، ކަލޭމެންނަށް ފިރިހެން ދަރީން ނިސްބަތް ކުރަނީ ހެއްޔެވެ؟ (ތިޔައީ ދެން جاهل ކަމުގެވެސް ކޮޅުނެތް ކޮޅެވެ. ކަލޭމެން ހިތްހަމަނުޖެހޭ އަންހެން ދަރީން الله އަށް ނިސްބަތް ކޮށްފައި، ކަލޭމެން ހިތްހަމަޖެހޭ ފިރިހެން ދަރީން ކަލޭމެންނަށް ތިޔަ ނިސްބަތް ކުރަނީ ކޮން عدل ވެރިކަމެއް ހެއްޔެވެ؟ ތިޔަ ހުރިހާ ކަމަކުން الله ހުސް طاهر ވެވޮޑިގެން ވެއެވެ.)
-
52:40
أَمْ تَسْـَٔلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ
ʹAm tasʹaluhum ʹajrañ fahum mim mag̣ramim mus̤q̣aloon?
ނުވަތަ (އޭ محمّد ގެފާނެވެ.) ކަލޭގެފާނު رسول ކަން އެމީހުންނަށް އިއްވަވާ މަތީން) އެމީހުން އަތުން އުޖޫރައެއް ހިއްޕަވަނީ ތޯއެވެ؟ ޓެކްހެއް ނަންގަވަނީ ތޯއެވެ؟ އެމީހުން އުޖޫރަ ނުވަތަ ޓެކްސް ބަރުވެގެން، ބޮޑުވެގެން އޭގެ ސަބަބުން އެމީހުން ދަރަނިވެރިވީ ހެއްޔެވެ؟ (ކަލޭގެފާނަށް إيمان ނުވާނީ، ނުވަތަ ކެލޭގެފާނުންގެ رسول ކަން ނާހާނީވެސް އެހެންނަމަ ތާއެވެ.) މީގެ އެއްވެސް ކަމެއް ވީއެއް ނޫނެވެ.
-
52:41
أَمْ عِندَهُمُ ٱلْغَيْبُ فَهُمْ يَكْتُبُونَ
ʹAm ʻiñdahumul G̣aybu fahum yaktuboon?
ނުވަތަ މީސްތަކުންނަށް އެމީހުން ލިޔެދީ بيان ކޮށްދިނުމަށް (لوح المحفوظ ގައިވާ) غيب ގެ علم އެމީހުންނަށް ވަނީ ހެއްޔެވެ؟ (محمّد ގެފާނާމެދު އެމީހުން ކިޔާނެހާ އެއްޗެއް ކިޔާނީ އެހެންނަމަ ތާއެވެ.)
-
52:42
أَمْ يُرِيدُونَ كَيْدًا ۖ فَٱلَّذِينَ كَفَرُوا۟ هُمُ ٱلْمَكِيدُونَ
ʹAm yureedoona kaydaa? Fallaẓeena kafaroo humul makeedoon!
ނުވަތަ އެމީހުން محمّد ގެފާނާމެދު مكر އެއް ހަދައި ނުބައި ރޭވުމެއް ރާވާން އެދެނީ ހެއްޔެވެ؟ ފަހެ މަކަރު ހެދެވި، އަދި مكر ދަށުވެގެންވާނޭ ބަޔަކީ ހަމަ ކާފަރުންނެވެ. (އެގޮތްވެސް އެމީހުންނަށް ނޭނގެއެވެ.)
-
52:43
أَمْ لَهُمْ إِلَـٰهٌ غَيْرُ ٱللَّهِ ۚ سُبْحَـٰنَ ٱللَّهِ عَمَّا يُشْرِكُونَ
ʹAm lahum ʹilaahun g̣ayrul laah? Subḥaanal laahi ʻammaa yushrikoon!
ނުވަތަ އެމީހުން އަޅުކަން ކުރުމަށް الله ފިޔަވައި އެހެން އެއްވެސް إلٰه އެއް ވަނީ ހެއްޔެވެ؟ އެމީހުންނަށް ރިޒުގު ދެއްވާ ކާންދެއްވާ، ބޭނުންތައް ފުއްދަވާދެއްވުމަށް الله ފިޔަވައި އެހެން إلٰه އެއް އެމީހުންނަށް ވަނީ ހެއްޔެވެ؟ (ނުވެއެވެ. ނުވެސް ވާނެއެވެ.) އެމީހުން އެ شرك ކުރާ ކަންތަކުން الله ހުސް طاهر ވަންތަވެ ވޮޑިގެން ވެއެވެ.
-
52:44
وَإِن يَرَوْا۟ كِسْفًا مِّنَ ٱلسَّمَآءِ سَاقِطًا يَقُولُوا۟ سَحَابٌ مَّرْكُومٌ
Wa-ʹiñy yaraw kisfam minas samaaaʹi saaq̣iṭañy yaq̣ooloo saḥaabum markoom!
އަދި އުޑުން ތަންގަނޑެއް ވެއްޓުނަސް އެމީހުން ބުނާނީ އެއީ ބޯ ވިލާގަނޑެއް ކަމުގައެވެ. (އެބަހީ އެ ކާފަރުވީ މީސްތަކުންނަށް عذاب އެއްގެ ގޮތުން އުޑުން ތަންތަންގަނޑުގަނޑު ކުދިކުދިވެގެން ފައިބާތަން ފެނުނަސް (އެމީހުން ގައިމައްޗަށް އެޅިނުގަންނަންޏާ) އެމީހުން ބުނާނީ އެއީ މަތިމައްޗަށް އެޅި ފުނިޖެހިފައިވާ ވިލާގަނޑެއް ކަމުގައެވެ. އެއީ އާދައިގެ ކަމެއް ކަމަށެވެ.
-
52:45
فَذَرْهُمْ حَتَّىٰ يُلَـٰقُوا۟ يَوْمَهُمُ ٱلَّذِى فِيهِ يُصْعَقُونَ
Faẓarhum ḥattaa yulaaq̣oo Yawmahumul laẓee feehi yuṣʻaq̣oon,―
(އޭ މާތްވެގެންވާ رسول އާއެވެ!) އެމީހުންގެ ދުވަހާ ހަމައަށް ދާނދެން ކަލޭގެފާނުން އެމީހުން ދޫކޮށްލައްވާށެވެ. އެ ދުވަހަކީ އެ ދުވަހުން އެމީހުން މަރުވެ، ހަލާކުވެގެން ދާނޭ ދުވަހެވެ. (އެ ދުވަސްއެއީ بدر ހަނގުރާމަ ދުވަސް ކަމުގައި، ނުވަތަ قيامة ދުވަސް ކަމުގައި ބުނެވުނެވެ.)
-
52:46
يَوْمَ لَا يُغْنِى عَنْهُمْ كَيْدُهُمْ شَيْـًٔا وَلَا هُمْ يُنصَرُونَ
Yawma laa- yug̣nee ʻanhum kayduhum shayʹañw walaa hum yuñṣaroon.
އަދި (رسول އާ އާ އިދިކޮޅަށް އެކަލޭގެފާނުންގެ ހަލާކުގައި) އެމީހުން ރޭވި އެއްވެސް ރޭވުމަކުން އެއްވެސް ކަމެއް އެމީހުންނަށް ފުއްދައި ނުދޭނެއެވެ. އަދި އެމީހުންނަކީ نصر ލިބޭނޭ ބަޔަކު ކަމުގައި ނުވެއެވެ.
-
52:47
وَإِنَّ لِلَّذِينَ ظَلَمُوا۟ عَذَابًا دُونَ ذَٰلِكَ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
Wa-ʹinna lillaẓeena z̤̣alamoo ʻaẓaabañ doona ẓaalika wa-laakinna ʹaks̤arahum laa- yaʻlamoon.
އަދި އަނިޔާވެރިވީ މީސްތަކުންނަށް އެ ނޫން عذاب އެއް ވެއެވެ. އެބަހީ قيامة ދުވަހުގެ عذاب ނުލައި، ދުނިޔޭގައިވެސް އެމީހުންނަށް عذاب އެއް ވެއެވެ. (އެއީ ބަދުރު ހަނގުރާމައިގައި މަރުވެގެން ދިއުމެވެ. ނުވަތަ ދުނިޔޭގެ އެކިއެކި مصيبة ތަކެވެ.) އެކަމަކު އޭގެ ގިނަ މީހުންނަކަށް އެކަންކަމެއް ނޭނގެއެވެ.
-
52:48
وَٱصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا ۖ وَسَبِّحْ بِحَمْدِ رَبِّكَ حِينَ تَقُومُ
Waṣbir liḥukmi Rabbika faʹinnaka biʹaʻyuninaa wa-sabbiḥ bi-Ḥamdi Rabbika ḥeena taq̣oom,
(އޭ މާތްވެގެންވާ رسول އާއެވެ.) ކަލޭގެފާނުންގެ ربّ ގެ حكم ފުޅަށްކެތްތެރިވެވަޑައިގެން ހުންނަވާށެވެ. (އެއީ އެމީހުންނަށް وعد ވެގެންވާ ވަގުތު އަންނާނދެނެވެ.) ހަމަކަށަވަރުން ކަލޭގެފާނު ވަނީ ތިމަން ރަސްކަލާނގެ ބެއްލެވުމާއި، އަދި ތިމަން ރަސްކަލާނގެ حماية ގައެވެ. އަދި ކަލޭގެފާނު ތެދުވެވަޑައިގަންނަވާ ހިނދު (ކޮންމެ مجلس އެއްގައި އިންނަވާފައި ތެދުވެވަޑައިގަންނަވާ ހިނދު، ނުވަތަ ނަމާދަށް ތެދުވެވަޑައިގަންނަވާ ހިނދު) ކަލޭގެފާނުންގެ ربّ އަށް تسبيح ވިދާޅުވެ حمد ކުރައްވާށެވެ.
-
52:49
وَمِنَ ٱلَّيْلِ فَسَبِّحْهُ وَإِدْبَـٰرَ ٱلنُّجُومِ
Wa-minal layli fasabbiḥhu wa-ʹidbaaran nujoom!
އަދި ރޭގަނޑުގެ ވަގުތުގައިވެސް އެކަލާނގެއަށް تسبيح ވިދާޅުވާށެވެ. އަދި ތަރިތައް ފުރަގަސްދީފައި ދާވަގުތުގައިވެސް އެބަހީ ފަތިހުގައިވެސް އެކަލާނގެއަށް تسبيح ވިދާޅުވާށެވެ.
Surah An-NajmBegins here at 53:1
-
53:1
وَٱلنَّجْمِ إِذَا هَوَىٰ
Wan-NAJMI ʹiẓaa hawaa,―
ތަރި އުދަރެހުގައި غائب ވެއްޖެއްޔާ އެ ތަރި ގަންދެއްވައި الله تعالى ހުވައި وحِى ކުރައްވައެވެ. (ދަންނައެވެ. النجم މި لفظ ގެ ތަރުޖަމާއަކާމެދު مفسّر ންގެ ބަސް ތަފާތެވެ. އަދި خاصّ ކޮށް قرآن ގައި މި لفظ ގެންނަވާފައިވާ مراد އަކާމެދު إختلاف ތައް އައިސްފައި އެބަ ހުއްޓެވެ. އެތަނުން ބައެއް މާނަ މިތާ ނަކަލުކޮށްލަމެވެ. النجم އަކީ ތަރިއެވެ. އެއިން މުރާދުކުރެވެނީ ކެތި، މި ނަކަތެވެ. ނުވަތަ އެއިން މުރާދުކުރެވެނީ زُهرة ކިޔާ ތަރިއެކެވެ. النجم ގެ އަނެއް މާނައަކީ ގަސްގަނޑު ނުހުންނަ ފަތްޕިލާވެއްޔެވެ. (ވެލުގެ މާނައިގައެވެ.) النجم ގެ މުރާދަކީ މި ސޫރަތުގައި قرآن އެވެ. النجم ގެ މުރާދަކީ މި ސޫރަތުގައި محمّد އެވެ. ދެންފަހެ هوٰى މި لفظ ގެ މާނައަކީ ވެއްޓުމެވެ. ނުވަތަ غائب ވުމެވެ. ނުވަތަ ނިވައިވުމެވެ. ނުވަތަ އޮއްސުމެވެ. މި ހުރިހާ މާނައެއްގައި މި لفظ ތައް ބޭނުންކުރެވިފައި އެބަ ހުއްޓެވެ. ވީމާ އަޅުގަނޑު މިތާ މި ލިޔަނީ އެންމެ ފުރަތަމަ މާނައެވެ. އެއީ: ތަރި ނުވަތަ ކެތި އޮއްސިއްޖެއްޔާ ނުވަތަ غائب ވެއްޖެއްޔާ އެ ކެތި ގަންދެއްވައި الله تعالى ހުވައި وحِى ކުރައްވައެވެ. މިއެވެ.
-
53:2
مَا ضَلَّ صَاحِبُكُمْ وَمَا غَوَىٰ
Maa- ḍalla Ṣaaḥibukum wa-maa g̣awaa,
(މި ހުވައިގެ جواب އަކީ) ކަލޭމެންގެ އެކުވެރިޔާ (އެބަހީ محمّد ﷺ) މަގުފުރެދިވަޑައިގެން ނުވެއެވެ. އަދި އެކަލޭގެފާނު ގެއްލި ހަލާކުވެގެން ނުދެއެވެ. ނޯޓު: މިތާ محمّد ﷺ އާމެދު قريش ންގެ އެކުވެރިޔާއެވެ. وحِى ކުރެއްވީ އެކަލޭގެފާނު އެންމެ ޅައިރުއްސުރެ ފަށައިގެން نبي ކަމާ ހަމައަށް ދާނދެންވެސް އެމީހުންގެ ތެރޭ މެދުނުކެނޑި އުޅުއްވި ކަމުގައި ވީތީއެވެ. އަދި އެކަލޭގެފާނު މަގުނުފުރެދޭ ކަމާއި، އެކަލޭގެފާނު ގެއްލި ހަލާކުވެގެން ނުވާކަން އެންމެ ބޮޑަށް ދަންނަން ވާނީ އެމީހުންނެވެ. އެއީ އެމީހުންގެ އެކުވެރިޔާއެވެ. އެމީހުންގެ އަމީނެވެ.
-
53:3
وَمَا يَنطِقُ عَنِ ٱلْهَوَىٰٓ
Wa-maa yañṭiq̣u ʻanil hawaa.
އަދި އެކަލޭގެފާނު هوٰى نفس އެދޭ ގޮތަށް ބޭނުންހާ ވާހަކައެއް ނުދައްކަވައެވެ.
-
53:4
إِنْ هُوَ إِلَّا وَحْىٌ يُوحَىٰ
ʹIn huwa ʹillaa Waḥyuñy yooḥaa:
އެކަލޭގެފާނުންގެ ބަސްފުޅު އެއީ ހަމަ ބާވައިލެއްވޭ وحِى ކަމުގައި މެނުވީ ނުވެއެވެ.
-
53:5
عَلَّمَهُۥ شَدِيدُ ٱلْقُوَىٰ
ʻAllamahoo Shadeedul Q̣uwaa,―
އެކަލޭގެފާނަށް އެ وحِى އުނގަންނަވައިދެއްވީ ބާރުގަދަވެގެންވާ ކަލޭގެފާނެވެ. އެބަހީ جبريل الأمين އެވެ.
-
53:6
ذُو مِرَّةٍ فَٱسْتَوَىٰ
Ẓoo Mirratiñ fastawaa,
އެކަލޭގެފާނަކީ ބާރުފުޅު ގަދަ ނުވަތަ ވިސްނުންފުޅާއި، ބުއްދިފުޅު ގަދަ އަދި ރިވެތިވެގެންވާ ކަލޭގެފާނެވެ. އުޑުގައި އެކަލޭގެފާނު إستوٰى ވެވަޑައިގެންނެވިއެވެ. އެބަހީ މަތިވެރި ވެވަޑައިގެންނެވިއެވެ.
-
53:7
وَهُوَ بِٱلْأُفُقِ ٱلْأَعْلَىٰ
Wa-huwa bil-ʹufuq̣il ʹaʻlaa:
އޭރު އެކަލޭގެފާނު (އެބަހީ جبريل عَلَيه السلام) ހުންނެވީ މަތިވެރިވެގެންވާ އުދަރެހުގައެވެ. (އެބަހީ އެކަލޭގެފާނުންގެ أصل صورة ފުޅުގައި އިރުމަތީ ފަރާތު އުދަރެހުގައި އެކަލޭގެފާނު ފައުޅުވެވަޑައިގެންނެވިއެވެ. رسول الله ﷺ އެކަލޭގެފާނުންގެ أصل ސޫރަފުޅުގައި ދެކެވަޑައިގެންނެވިއެވެ. އިރުމަތީ ފަރާތު އުދަރެހުން مغرب ފަރާތާ ހަމައަށް މުޅިން ބައްދާލާފައި ވެއެވެ. އެހާވެސް އެކަލޭގެފާނު ބޮޑެވެ.
-
53:8
ثُمَّ دَنَا فَتَدَلَّىٰ
S̤umma danaa fatadallaa,
ދެން އެކަލޭގެފާނު (އެބަހީ جبريل عَلَيه السلام) محمّد ﷺ އާ ވަރަށް ބޮޑަށް ގާތްވެވަޑައިގެންނެވިއެވެ.
-
53:9
فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ
Fakaana Q̣aaba q̣awsayni ʹaw ʹadnaa.
އެ ދެބޭކަލުންގެ ދެމެދު ދުންޏެއްގެ މިންވަރަށް ނުވަތަ ދެމުށުގެ މިންވަރަށް ގާތްވެވަޑައިގެންނެވި ކަމުގައި ވެއެވެ. (ނުވަތަ معراج ގެ ރޭގައި محمّد ﷺ އާއި އެކަލޭގެފާނުންގެ ربّ އާ ދެމެދު އެވަރަށް ގާތްވިއެވެ.) ނުވަތަ އެއަށްވުރެވެސް ބޮޑަށް ގާތްވި ކަމުގައި ވިއެވެ. والله أعلم.
-
53:10
فَأَوْحَىٰٓ إِلَىٰ عَبْدِهِۦ مَآ أَوْحَىٰ
Faʹawḥaaa ʹilaa ʻAbdihee maaa ʹawḥaa.
ދެންފަހެ الله تعالى އެކަލާނގެ އަޅާ محمّد ﷺ އަށް އެ وحِى ކުރެއްވި އެއްޗެއް جبريل عَلَيه السلام މެދުވެރި ކުރައްވައި وحِى ކުރެއްވިއެވެ. (ނުވަތަ މާތް الله އެކަލާނގެ އަޅާ محمّد ﷺ އަށް އެ وحِى ކުރެއްވި އެއްޗެއް وحِى ކުރައްވައިފިއެވެ. (މިމައްސަލައިގާ ވަރަށް إخْتِلآفُ ވެއެވެ.)
-
53:11
مَا كَذَبَ ٱلْفُؤَادُ مَا رَأَىٰٓ
Maa- kaẓabal fuʹaadu maa- raʹaa.
އަދި އެކަލޭގެފާނުންގެ (އެބަހީ محمّد ﷺ ގެ) ހިތްޕުޅު އެކަލޭގެފާނަށް އެ ފެނިވަޑައިގެންނެވިއެއްޗެއް ދޮގެއް ނުކުރައްވައެވެ. (އެބަހީ معراج ގެ ރޭގައި އެކަލޭގެފާނު އެ ދެކެވަޑައިގަތް އެއްވެސް އެއްޗެއް އެކަލޭގެފާނުންގެ ހިތްޕުޅު ދޮގު ނުކުރައްވައެވެ.
-
53:12
أَفَتُمَـٰرُونَهُۥ عَلَىٰ مَا يَرَىٰ
ʹAfatumaaroonahoo ʹalaa maa- yaraa?
ކަލޭމެން ފަހެ އެކަލޭގެފާނުން އެ ދެކެވަޑައިގެންނެވި އެއްޗަކާމެދު އެކަލޭގެފާނާ جدل ކުރަނީ ހެއްޔެވެ؟
-
53:13
وَلَقَدْ رَءَاهُ نَزْلَةً أُخْرَىٰ
Wa-laq̣ad raʹaahu nazlatan ʹukhraa,
އަދި ހަމަކަށަވަރުން رسول الله ﷺ އަދިއެހެންފަހަރަކުވެސް جِبْرِيْلُ عَلَيه السلام ދެކެވަޑައިގެންނެވިއެވެ. (އެބަހީ އެކަލޭގެފާނު ހެއްދެވުނު أصل صورة ފުޅުގައި އެހެން ފަހަރަކުވެސް ދެކެވަޑައިގަތެވެ.)
-
53:14
عِندَ سِدْرَةِ ٱلْمُنتَهَىٰ
ʻIñda Sidratil muñtahaa:
އެއީ سدرةالمنتهى ގެ ކައިރިން معراج ގެ ރޭގައެވެ.
-
53:15
عِندَهَا جَنَّةُ ٱلْمَأْوَىٰٓ
ʻIñdahaa Jannatul Maʹwaa.
جنّة المأوٰى އެވެ ކިއުނު ސުވަރުގެ ވަނީ އެތާނގައެވެ. (އެބަހީ އެ ސުވަރުގެ ވަނީ سدرةالمنتهى ގެ ކައިރީގައި عرشى ގެ ކަނާތް ފަރާތުގައެވެ. والله أعلم)
-
53:16
إِذْ يَغْشَى ٱلسِّدْرَةَ مَا يَغْشَىٰ
ʹIẓ yag̣shas Sidrata maa- yag̣shaa!
އެ ގަސް (އެބަހީ سدرةالمنتهى އެވެ ކިޔުނު ގަސް) ނިވައިކޮށްލާ އެއްޗެއް ނިވައިކޮށްލައެވެ. (ރަނުގެ ގޮއްފުޅަނގިތައް އެ ގަސް ނިވައިކޮށްލައެވެ.)\n• ދަންނައެވެ. سدرة އަކީ ކުންނާރު ގަހަށް ކިޔާ ނަމެކެވެ. منتهى އަކީ ގޮސް ހަމަވާ ތަނެވެ. سدرةالمنتهى އަކީ ހަވަނަ އުޑުގައި ނުވަތަ ހަތްވަނަ އުޑުގައިވާ ގަހަކަށް (ކުންނާރު) ގަހަކަށް ކިޔާ ނަމެކެވެ. އެއީ ކުންނާރު ގަހެކޭ لُغَوِى ގޮތުން ކިޔާފައި އޮތަސް އޭގެ خاصّيّة އާއި، ތާސީރު ހަމައެކަނި الله އަށް މެނުވީ އެނގިގެން ނުވެއެވެ. جنّةالمأوٰى އެވެ ކިޔުނު ސުވަރުގެ ވަނީ އެތާނގައެވެ. އެ ގަހަށް އެކި އިރަށް އެކި ކުލަ އަރާ ކަމުގައި ވެއެވެ. ރީތިކަމުން بيان ކުރަން ނޭނގޭހާ ރީތި ގޮތްތައް އެ ގަހަށް ވާކަމުގައި ވެއެވެ. ރަނުގެ ގޮއްފުޅަނގިތަކުން އެ ގަސްނިވާކޮށްލާ ކަމުގައި ވެއެވެ. އެގަހުގެ ފަތް އެހާ ބޮޑެތިވެފައި، މޭވާވެސް އެހާ ބޮޑު ކަމުގައި ވެއެވެ. އެ ގަހަށް سدرةالمنتهى އެވެ ކިއުނީ އެންމެހައި خلق ތަކުންގެ علم އެ ހިސާބަށް ނިމޭތީ ކަމުގައި ބުނެވުނެވެ. އޭގެ އެކޮޅު އެއްވެސް مخلوق އަކަށް އެނގިގެން ނުވެއެވެ. އަދި ބުނެވުނެވެ. ބިމުގެ އެންމެހާ ކަމެއް އަރައިގެން ގޮސް ނިމެނީ އެ ހިސާބަށެވެ. އަދި ބުނެވުނެވެ. އެންމެހައި شهيد ންގެ ފުރާނަތައް ގޮސް ނިމެނީ އެ ހިސާބަށެވެ. ملائكة ބޭކަލަކުވެސް އޭގެ އެކޮޅަކަށް ވަޑައި ނުގަންނަވައެވެ. އަދި މިނޫން ގޮތްގޮތަށްވެސް ކިޔައިފައި ވެއެވެ. والله أعلم بالصّواب
-
53:17
مَا زَاغَ ٱلْبَصَرُ وَمَا طَغَىٰ
Maa- zaag̣al baṣaru wa-maa ṭag̣aa!
އަދި އެކަލޭގެފާނުންގެ (އެބަހީ محمّد ގެފާނުންގެ) ލޯފުޅު އެހެން ފަރާތަކަށް ލެނބިނުލައެވެ. (އެބަހީ އެކަލޭގެފާނުންގެ ލޯފުޅު ކަނާތް ފަރާތަށް، އަދި ވާތް ފަރާތަށް، އަދި މައްޗަށް ތިރިއަށް އަނބުރުއްވައި، ފަރާތްފަރާތަށް ބައްލަވާ ނަހައްދަވައެވެ. ކަނޑައެޅުއްވިފައިވާ حدّ ފަހަނަޅައި ނުދެއެވެ.
-
53:18
لَقَدْ رَأَىٰ مِنْ ءَايَـٰتِ رَبِّهِ ٱلْكُبْرَىٰٓ
Laq̣ad raʹaa min ʹAayaati Rabbihil Kubraa!
ހަމަކަށަވަރުން އެރޭ (އެބަހީ معراج ގެ ރޭގައި) އެކަލޭގެފާނުންގެ ربّ ގެ ބޮޑެތިބޮޑެތިވެގެންވާ عجائب ތަކާއި، އެކަލާނގެ قدرة ތެރިކަމާއި، އެއްކައުވަންތަކަމުގެ ގިނަގުނަ ވެގެންވާ دليل ތައް އެކަލޭގެފާނު އެތަނުން ދެކެވަޑައިގެންނެވިއެވެ.
-
53:19
أَفَرَءَيْتُمُ ٱللَّـٰتَ وَٱلْعُزَّىٰ
ʹAfaraʹaytumul Laata wal-ʻUzzaa,
(އޭ މިތިބަ مشرك ންނޭވެ.) لات އާއި، عُزَّى (މި ދެ ބުދާމެދު) ކަލޭމެން ނިކަން ތިމަން ކަލޭގެފާނަށް خبر ދީބަލާށެވެ.
-
53:20
وَمَنَوٰةَ ٱلثَّالِثَةَ ٱلْأُخْرَىٰٓ
Wa-Manaatas̤ s̤aalis̤atal ʹukhraa?
އަދި ތިންވަނައަށް އެހެރަ ބުދު مناة އާމެދު ވެސް ކަލޭމެން خبر ދީބަލާށެވެ. ކަލޭމެން ނިކަން ބުނެބަލާށެވެ. އެތަކެތީންކަލޭމެނަށްވަނީ ކޮންފައިދާއެއްހެއްޔެވެ.
-
53:21
أَلَكُمُ ٱلذَّكَرُ وَلَهُ ٱلْأُنثَىٰ
ʹA-lakumuẓ ẓakaru wa-lahul ʹuñs̤aa?
އަދި ކަލޭމެން ތިޔަ ބުނަނީ ކަލޭމެންނަށް ފިރިހެން ދަރީން، އެބަހީ ފިރިހެން جنس خاصّ ވެގެން ވާކަމަށެވެ. އަދި އެކަލާނގެއަށް خاصّ ވެގެން ވަނީ އަންހެން جنس ކަމަށެވެ.
-
53:22
تِلْكَ إِذًا قِسْمَةٌ ضِيزَىٰٓ
Tilka ʹiẓañ q̣ismatuñ ḍeezaa!
އެހެންކަމަށް ވަންޏާ އެއީ ވަރަށްވެސް އަނިޔާވެރި ބޭއިންސާފު ބެހުމެކެވެ.
-
53:23
إِنْ هِىَ إِلَّآ أَسْمَآءٌ سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَـٰنٍ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَمَا تَهْوَى ٱلْأَنفُسُ ۖ وَلَقَدْ جَآءَهُم مِّن رَّبِّهِمُ ٱلْهُدَىٰٓ
ʹIn hiya ʹillaaa ʹasmaaaʹuñ sammaytumoohaaa ʹañtum wa-ʹaabaaaʹukum maaa ʹañzalal laahu bihaa miñ sulṭaan. ʹIñy yattabiʻoona ʹillaz̤̣ z̤̣anna wa-maa tahwal ʹañfus!- Walaq̣ad jaaaʹahum mir Rabbihimul Hudaa!
(އެތަކެއްޗަކީ (އެބަހީ އެ ބުދުތަކަކީ) ކަލޭމެންނާއި، ކަލޭމެންގެ ކާބަފައިން ކިޔާފައިވާ ހުސް ނަންތަކެކެވެ. الله އެތަކެއްޗަށް އެއްވެސް ބާރެއް، އަދި އެއްވެސް دليل އެއް حجّة އެއް ބާވައި ނުލައްވައެވެ. (އެބަހީ އެ ތަކެއްޗަށް އަޅުކަން ކުރުން ހުއްދަވާނޭ އެއްވެސް دليل އެއް حجّة އެއް الله ބާވައިލައްވާފައި ނުވެއެވެ.) އެމީހުން، އެބަހީ އެ ބުދަށް އަޅުކަންކުރާ މީހުން، ހަމައެކަނި ހީއެއްގެ މައްޗަށް ނޫނީ تبع ވާކަމުގައި ނުވެއެވެ. އަދި އެމީހުންގެ هوٰى نفس އެމީހުންނަށް ދައްކައިދޭ އެއްޗަކަށް މެނުވީ އެމީހުން تبع ވާކަމުގައި ނުވެއެވެ. އަދި ހަމަކަށަވަރުން އެމީހުންނަށް އެމީހުންގެ ربّ ގެ حضرة ން ތެދުމަގު އަތުވެއްޖެއެވެ. (އެހެންވީއިރު އެމީހުން އެ ބުދުތަކަށް އަޅުކަން ކުރުން ދެން ހުއްދަވާނީ ކޮންފަދައަކުން ހެއްޔެވެ؟)
-
53:24
أَمْ لِلْإِنسَـٰنِ مَا تَمَنَّىٰ
ʹAm lil-ʹiñsaani maa- tamannaa?
ނުވަތަ އަދި ކިޔެއް ހެއްޔެވެ؟ އިންސާނާއަށް އޭނާ އެދޭހައި ކަމެއް ލިބިގެންވޭ ހެއްޔެވެ؟
-
53:25
فَلِلَّهِ ٱلْـَٔاخِرَةُ وَٱلْأُولَىٰ
Falillahil ʹAakhiratu wal-ʹoolaa.
ފަހެ آخرة ގެ އެންމެހައި ކަންތަކާއި، ދުނިޔޭގެ އެންމެހާ ކަންތަކެއްވެސް ملك ވެ خاصّ ވެގެން ވަނީ ހަމަ الله އަށެވެ. (އެމީހުންނަށް، އެބަހީ އިންސާނުންނަށް އެއިން އެއްވެސް ކަމެއްގެ حقّ އެއް ނެތެވެ.)
-
53:26
۞ وَكَم مِّن مَّلَكٍ فِى ٱلسَّمَـٰوَٰتِ لَا تُغْنِى شَفَـٰعَتُهُمْ شَيْـًٔا إِلَّا مِنۢ بَعْدِ أَن يَأْذَنَ ٱللَّهُ لِمَن يَشَآءُ وَيَرْضَىٰٓ
Wa-kam mim malakiñ fis samaawaati laa- tug̣nee shafaaʻatuhum shayʹan ʹillaa mim baʻdi ʹañy yaʹẓanal laahu limañy yashaaaʹu wa-yarḍaa.
އުޑުގައިވާ ملائكة ބޭކަލުންނަށް ވެސް، الله އެ ފަރާތަކަށް شفاعة ތެރިވުމަށް إِذْنَ ދެއްވާ އަދި ރުހިވޮޑިގަތުމަށްފަހުގައި މެނުވީ އެއިން ބޭކަލެއްގެ شفاعة ން އެއްވެސް منفع އެއް ނުކުރާނޭ ކިތަންމެ ملائكة ބޭކަލުންނެއް އެ އުޑުތަކުގައި ވެއެވެ. (މި ވާހަކައިގެ خلاصة އަކީ ملائكة ބޭކަލުންގެ އެހާ ބޮޑު އަޅުވެތިކަމާއި، ﷲ ގެ حضرة އަށް އެ ބޭކަލުންގެ ހުންނަ ކިޔަމަންތެރިކަމާއި، އުރެދިވަޑައިގަތުމެއް ނެތުމާއެކުވެސް އެމީހަކަށް شفاعة ތެރިވުމަށް الله އިރާދަކުރައްވައި، އެބޭކަލުންނަށް އެ شفاعة ތެރިވުމުގެ إِذْنَ ދެއްވައި، އަދި އެމީހަކަށް الله ރުހިވޮޑިގަތުމަށް ފަހުގައި މެނުވީ ملائكة ބޭކަލުންނަށްވެސް އެއްވެސް މީހަކަށް شفاعة ތެރިވުމުގެ حقّ ލިބިވަޑައިގެން ނުވެއެވެ. (އެހެންވީއިރު އެއިން ބޭކަލަކަށްވެސް އަޅުކަންކުރުން ހުއްދަވާނެ ދަލީލެއްނެތެވެ.
-
53:27
إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ لَيُسَمُّونَ ٱلْمَلَـٰٓئِكَةَ تَسْمِيَةَ ٱلْأُنثَىٰ
ʹInnal laẓeena laa- yuʹminoona bil-ʹAakhirati layusammoonal malaaaʹikata tasmiyatal ʹuñs̤aa.
آخرة އަށް އިންކާރުކުރާ މީހުން - އެމީހުން ކަނޑައެޅިގެން ملائكة ބޭކަލުންނަށް އަންހެނުންގެ ނަމުން ނަން ކިޔަނީއެވެ. (އެބަހީ މަލާއިކަތް ބޭކަލުންނަކީ ﷲ ގެ އަންހެން ދަރީން ކަމުގައި އެމީހުން ބުނަނީއެވެ. الله ހުސް طاهر ވަންތައެވެ. ދަރިކަލަކު ހިއްޕެވުމަކީ އެއްގޮތަކަށްވެސް އެކަލާނގެއަށް އެކަށީގެންވާ ކަމެއް ނޫނެވެ.
-
53:28
وَمَا لَهُم بِهِۦ مِنْ عِلْمٍ ۖ إِن يَتَّبِعُونَ إِلَّا ٱلظَّنَّ ۖ وَإِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًٔا
Wa-maa lahum̃ bihee min ʻilm. ʹIñy yattabiʻoona ʹillaz̤̣ z̤̣ann: wa-ʹinnaz̤̣ z̤̣anna laa- yug̣nee minal Ḥaq̣q̣i shayʹaa.
އެމީހުންނަށް އެކަމުގައި (އެބަހީ ملائكة ބޭކަލުންނީ ﷲ ގެ އަންހެން ދަރީން ކަމުގައި ބުނާކަށް) އެމީހުންނަށް އެއްވެސް علم އެއް ނުވެއެވެ. އެއީ އެކައްޗެއްވެސް އެނގިގެން ކިޔާ އެއްޗެއް ނޫނެވެ. އެއީ ހަމަ އެމީހުން ހީކުރާ ހުސް ހީއަކަށް تبع ވެގެން އެމީހުން ބުނާ އެއްޗެއް ކަމުގައި މެނުވީ ނުވެއެވެ. އަދި ކަނޑައެޅިގެން ހީއަކީ އެއްވެސް حال އެއްގައި حقّ މައްސަލައެއްގައި حقّ އާއި އިދިކޮޅަށް އެއްވެސް ކަމެއް ފުއްދައިދެވޭނޭ އެއްޗެއް ނޫނެވެ.
-
53:29
فَأَعْرِضْ عَن مَّن تَوَلَّىٰ عَن ذِكْرِنَا وَلَمْ يُرِدْ إِلَّا ٱلْحَيَوٰةَ ٱلدُّنْيَا
Faʹaʻriḍ ʻam mañ tawallaa ʻañ ẓikrinaa wa-lam yurid ʹillal ḥayaatad dunyaa.
(އޭ رسول الله އެވެ!) ތިމަން ރަސްކަލާނގެ ذكر ން - އެބަހީ ކީރިތި قرآن ންނާއި، އޭގެ هداية ން - މޫނު އަނބުރައިލާ إيمان ނުވި މީސްތަކުންގެ ފަރާތުން ކަލޭގެފާނު ދުރުވެވަޑައިގަންނަވާށެވެ. އެމީހުންގެ ކައިރިން އެނބުރި ފުރަގަސް ދެއްވާށެވެ. އެމީހުން ހަމައެކަނި ދުނިޔޭގެ حياة މެނުވީ ނޭދެއެވެ. آخرة އަކަށް އެއްވެސް خيال އެއް އަދި އެނގުމެއް ނެތެވެ.
-
53:30
ذَٰلِكَ مَبْلَغُهُم مِّنَ ٱلْعِلْمِ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِمَنِ ٱهْتَدَىٰ
Ẓaalika mablag̣uhum minal ʻilm. ʹInna Rabbaka Huwa ʹaʻlamu bimañ ḍalla ʻañ sabeelihee wa-Huwa ʹaʻlamu bimanih tadaa.
އެމީހުންގެ علم އާއި، އެނގުން ހުރި ވަރަކީ އެއީއެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ، އެކަލާނގެ ސީދާ ތެދުމަގުން ކަހައިލައި، މަގުފުރެދިގެންވާ މީހުން ދެނެވޮޑިގަތުން ބޮޑެވެ. އަދި ސީދާ ތެދުމަގު ލިބުނު މީހުންވެސް ދެނެވޮޑިގެން ވަނީ ހަމަ އެކަލާނގެއެވެ. (أزل ގައި އެކަން އޮތް ގޮތް ދެނެވޮޑިގެން ވަނީ ހަމަ އެކަލާނގެއެވެ.)
-
53:31
وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ لِيَجْزِىَ ٱلَّذِينَ أَسَـٰٓـُٔوا۟ بِمَا عَمِلُوا۟ وَيَجْزِىَ ٱلَّذِينَ أَحْسَنُوا۟ بِٱلْحُسْنَى
Walillaahi maa- fis samaawaati wa-maa fil ʹarḍi liyajziyal laẓeena ʹasaaaʹoo bimaa ʻamiloo wa-yajziyal laẓeena ʹaḥsanoo bilḥusnaa.
އަދި އުޑުތަކާއި، ބިމުގައި ވާހައި ތަކެތި ملك ވެ خاصّ ވެގެންވަނީ ހަމައެކަނި الله އަށެވެ. (އެއީ އެކަލާނގެ ތަކެއްޗެވެ. އެތާނގައިވާ މަގުފުރެދުނު މީހުންނާއި، ތެދުމަގުގައި ތިބި މީހުންވެސް ދެނެވޮޑިގެން ވަނީ ހަމަ އެކަލާނގެއެވެ. އެފަދައިން އެކަލާނެ ކަންތައް ގެންދަވަނީ) ތިމާމެން ދުނިޔޭގައި ތިބެގެން ނުބައި عمل ތައް ކުރި މީހުންނަށް ނުބައި جزاء ދެއްވުމަށާއި، އަދި ރަނގަޅު ހެޔޮ عمل ކުރި މީސްތަކުންނަށް ރަނގަޅު ހެޔޮ جزاء ދެއްވުމަށެވެ. (ނުބައި ޖަޒާއަކީ قيامة ދުވަހުން ﷲ ގެ ކޯފާއާއި، ނަރަކައިގެ عذاب އެވެ. ހެޔޮ جزاء އަކީ قيامة ދުވަހުން ﷲ ގެ ރުއްސެވުމާއި، ސުވަރުގޭގެ ގިނަގުނަ نعمة އެވެ.)
-
53:32
ٱلَّذِينَ يَجْتَنِبُونَ كَبَـٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ إِلَّا ٱللَّمَمَ ۚ إِنَّ رَبَّكَ وَٰسِعُ ٱلْمَغْفِرَةِ ۚ هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُم مِّنَ ٱلْأَرْضِ وَإِذْ أَنتُمْ أَجِنَّةٌ فِى بُطُونِ أُمَّهَـٰتِكُمْ ۖ فَلَا تُزَكُّوٓا۟ أَنفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ ٱتَّقَىٰٓ
ʹAllaẓeena yajtaniboona kabaaaʹiral ʹis̤mi walfawaaḥisha ʹillal lamam,― ʹinna Rabbaka Waasiʻul Mag̣firah. Huwa ʹaʻlamu bikum ʹiz ʹañshaʹakum minal ʹarḍi wa-ʹiz ʹañtum ʹajinnatuñ fee buṭooni ʹummahaatikum. Falaa tuzakkooo ʹañfusakum: Huwa ʹaʻlamu bimanit taq̣aa.
އެމީހުންނަކީ އެބަހީ ރަނގަޅު ހެޔޮ عمل ކުރި ރަނގަޅު މީހުންނަކީ ތިމާމެންގެ ފަރާތުން ވެވޭ ކުދިކުދި ފާފަ (لَمَمُ) މެނުވީ ނުކުރާ މީހުންނެވެ. ބޮޑެތި ފާފަޔާއި، فاحش ކަންތަކަށް އަރައިނުގަންނަ މީހުންނެވެ. އެކަންކަމާ ދުރުވެގެންވާ މީހުންނެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެއީ ފާފަ ފުއްސެވުން ތަނަވަސް ވެގެންވާ ކަލާނގެއެވެ. އެބަހީ އެންމެހައި ފާފަވެސް ފުއްސަވާ ކަލާނގެއެވެ. އަދި ކަލޭމެންގެ އެންމެހާ حال ތަކެއް ދެނެވޮޑިގެން ވަނީ ހަމަ އެކަލާނގެއެވެ. އެކަލާނގެ ކަލޭމެން ބިމުން ހެއްދެވިހިނދުވެސް (އެބަހީ ކަލޭމެންގެ ބައްޕަ ءادم ގެފާނު ހެއްދެވިހިނދު ވެސް) އަދި ކަލޭމެން ކަލޭމެންގެ މައިންގެ ބަނޑުގައިވާ حال ވެސް ކަލޭމެންގެ ހުރިހާ حال ތަކެއް ދެނެވޮޑިގެން ވަނީ ހަމަ އެކަލާނގެއެވެ. ފަހެ އެހެންވެ ކަލޭމެން އަމިއްލައަށް ކަލޭމެންގެ نفس ތައް طاهر ނުކުރާށެވެ. (އެބަހީ ކަލޭމެންނަކީ ފާފައެއް ނެތް ރަނގަޅު ބަޔަކު ކަމުގައި ކަލޭމެން އަމިއްލައަށް ބުނެ ނަހަދާށެވެ.) ހަމަކަށަވަރުން تقوٰى ވެރި މާތް طاهر ބަޔަކީ ކޮން ބަޔަކުކަން ވެސް އެކަލާނގެ މާ ރަނގަޅަށް ދެނެވޮޑިގެން ވެއެވެ.
-
53:33
أَفَرَءَيْتَ ٱلَّذِى تَوَلَّىٰ
ʹAfaraʹaytal laẓee tawallaa,
،(34) (އޭ رسول الله އާއެވެ!) إسلام دين ން މޫނު އަނބުރާލައިފުރަގަސްދިންމީހާއަށްކަލޭގެފާނުނުބައްލަވަމުތޯއެވެ؟\nދަންނައެވެ. މި އާޔަތާއި، އަދި މީގެ ފަހަތަށް މިވާ ދެތިން އާޔަތުން މި ސިފަވެގެން ދަނީ قريش ވަންހައިގެ الوليد بن المغيرة ގެ ވާހަކައެވެ. ފަހެ އޭނާ قرآن އަހައި إسلام ވާން ކައިރި ވިއެވެ. ނުވަތަ إسلام ވިއެވެ. އެ ވާހަކަ قريش ގެ مشرك ންކުރެ މީހަކަށް އިވިގެން އައިސް އޭނާއަށް ވަރަށް عيب ކިޔައި މަލާމާތް ކުރީމާ وليد ބުނިކަމަށް ވަނީ ﷲ ގެ عذاب އަށް ބިރުގަންނަ ކަމުގައެވެ. ދެންފަހެ އެމީހާ ބުންޏެވެ. ކަލޭ ތިޔަ ބިރުގަންނަ عذاب އަހުރެން އުފުލައިފާނަމެވެ. އަހުރެންނަށް ކޮންމެ މަހަކު ކަލޭގެ މުދަލުން ކޮންމެވެސް ވަރެއް ދޭށެވެ. އަދި ކަލޭގެ ތިޔަ ދީން ދޫކޮށް ކާބަފައިންގެ دين އަށް އަލުންވެސް رجوع ވާށެވެ. ދެން މި وليد އޭނާއަށް އެބުނި ގޮތުގެ މަތިން ކޮންމެ މަހަކު ނުވަތަ ކޮންމެ ހަފުތާއަކު ނުވަތަ ކޮންމެ އަހަރަކު ކުޑަކޮށް ދީދީފައި ދެން ނުދީ އެކަން ހުއްޓައިލިއެވެ.
-
53:34
وَأَعْطَىٰ قَلِيلًا وَأَكْدَىٰٓ
Wa-ʹaʻṭaa q̣aleelañw waʹakdaa?
،(34) (އޭ رسول الله އާއެވެ!) إسلام دين ން މޫނު އަނބުރާލައިފުރަގަސްދިންމީހާއަށްކަލޭގެފާނުނުބައްލަވަމުތޯއެވެ؟\nދަންނައެވެ. މި އާޔަތާއި، އަދި މީގެ ފަހަތަށް މިވާ ދެތިން އާޔަތުން މި ސިފަވެގެން ދަނީ قريش ވަންހައިގެ الوليد بن المغيرة ގެ ވާހަކައެވެ. ފަހެ އޭނާ قرآن އަހައި إسلام ވާން ކައިރި ވިއެވެ. ނުވަތަ إسلام ވިއެވެ. އެ ވާހަކަ قريش ގެ مشرك ންކުރެ މީހަކަށް އިވިގެން އައިސް އޭނާއަށް ވަރަށް عيب ކިޔައި މަލާމާތް ކުރީމާ وليد ބުނިކަމަށް ވަނީ ﷲ ގެ عذاب އަށް ބިރުގަންނަ ކަމުގައެވެ. ދެންފަހެ އެމީހާ ބުންޏެވެ. ކަލޭ ތިޔަ ބިރުގަންނަ عذاب އަހުރެން އުފުލައިފާނަމެވެ. އަހުރެންނަށް ކޮންމެ މަހަކު ކަލޭގެ މުދަލުން ކޮންމެވެސް ވަރެއް ދޭށެވެ. އަދި ކަލޭގެ ތިޔަ ދީން ދޫކޮށް ކާބަފައިންގެ دين އަށް އަލުންވެސް رجوع ވާށެވެ. ދެން މި وليد އޭނާއަށް އެބުނި ގޮތުގެ މަތިން ކޮންމެ މަހަކު ނުވަތަ ކޮންމެ ހަފުތާއަކު ނުވަތަ ކޮންމެ އަހަރަކު ކުޑަކޮށް ދީދީފައި ދެން ނުދީ އެކަން ހުއްޓައިލިއެވެ.
-
53:35
أَعِندَهُۥ عِلْمُ ٱلْغَيْبِ فَهُوَ يَرَىٰٓ
ʹAʻiñdahoo ʻilmul g̣aybi fahuwa yaraa?
ނުވަތަ އޭނާގެ އަތުގައި غيب ގެ علم ވަނީ ހެއްޔެވެ؟ އޭނާ އޭގައިވާ ގޮތެއް ބަލާ ހަދާނީ އެހެންނަމަ ތާއެވެ. (އެކަހަލަ އެއްވެސް ކަމެއްވެސް އޮތީއެއް ނޫނެވެ.)
-
53:36
أَمْ لَمْ يُنَبَّأْ بِمَا فِى صُحُفِ مُوسَىٰ
ʹAm lam yunabbaʹ bimaa fee Ṣuḥufi Moosaa.
ނުވަތަ އޭނާއަށް ފަހެ موسٰى عَلَيْه السلام ނަށް ބާވައިލެއްވި صحف ތަކުގައިވާ خبر ތަކާއި، معلومات ތަކުގެ خبر ނެތީ ބާވައެވެ؟
-
53:37
وَإِبْرَٰهِيمَ ٱلَّذِى وَفَّىٰٓ
Wa-ʹIbraaheemal laẓee waffaa?―
އަދި އެކަލޭގެފާނަށް އެންގެވުނު އެންމެހައި ކަންތައްތައް ބަރާބަރުކުރެއްވި إبراهيم عَلَيْه السلام ގެ صحف ގައިވާ ތަކެތީގެ خبر ވެސް އޭނާއަށް ނޭނގެނީ ބާވައެވެ؟
-
53:38
أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ
ʹAllaa taziru waaziratuñw wizra ʹukhraa;
(އެ صحف ތަކުގައި އަންނަނިވި خبر ތައް ވެއެވެ.) ފާފަވެރި އެއްވެސް نفس އެއްގެ ފާފަޔާއި، ބުރަކަން (قيامة ދުވަހުން) އަނެއް نفس އެއް ނުއުފުލާނެއެވެ. އެބަހީ އެމީހަކު ކުރި ފާފައެއްގެ جزاءއަކާއި، ބުރަކަމެއްއުފުލަން ޖެހޭނީ ހަމަ އެ نفس އެކެވެ.
-
53:39
وَأَن لَّيْسَ لِلْإِنسَـٰنِ إِلَّا مَا سَعَىٰ
Wa-ʹal laysa lil-ʹiñsaani ʹillaa maa- saʻaa;
އަދި ހަމަކަށަވަރުން، އިންސާނާއަށް އޭނާ ކުރި عمل އެއްގެ جزاء މެނުވީ ނުވެއެވެ.
-
53:40
وَأَنَّ سَعْيَهُۥ سَوْفَ يُرَىٰ
Wa-ʹanna saʻyahoo sawfa yuraa;
އަދި ހަމަކަށަވަރުން އޭނާ ކުރި ކަމެއް އޭނާ (قيامة ދުވަހުން) ދެކޭނެއެވެ.
-
53:41
ثُمَّ يُجْزَىٰهُ ٱلْجَزَآءَ ٱلْأَوْفَىٰ
S̤umma yujzaahul jazaaa ʹal-ʹawfaa;
ދެން އެ عمل އަށް އޭނާއަށް ހަމަ ބަރާބަރު ފުރިހަމަ ޖަޒާ ދެއްވޭނެއެވެ. (ހެޔޮ عمل އަކަށް ވިއްޔާ ހެޔޮ جزاء އެވެ. ނުބައި عمل އަކަށް ވިއްޔާ ނުބައި ޖަޒާއެވެ. އަދި ﷲ އޭނާއަށް عفوء ކުރައްވަން އެދިވޮޑިގަތް އެއްޗެއް عفوء ވެސް ކުރައްވާނެއެވެ.)
-
53:42
وَأَنَّ إِلَىٰ رَبِّكَ ٱلْمُنتَهَىٰ
Wa-ʹanna ʹilaa Rabbikal Muñtahaa;
(އަދި އޭ رسول الله އެވެ!) މަރުވުމަށްފަހު ވެސް ﷲ ގެ އަޅުތަކުންގެ އެންމެހައި ކަމެއް رجوع ވާނީ ﷲ ގެ حضرة އަށެވެ. ކަލޭގެފާނުންގެ ربّ ގެ حضرة އަށެވެ.
-
53:43
وَأَنَّهُۥ هُوَ أَضْحَكَ وَأَبْكَىٰ
Wa-ʹannahoo Huwa ʹaḍḥaka wa-ʹabkaa;
(އަދި ހަމަކަށަވަރުން އެކަލާނގެ އެދިވޮޑިގެންނެވި އަޅަކު އުފާވާނޭ ގޮތް މެދުވެރި ކުރައްވައި ހައްދަވައެވެ.) އަދި އެކަލާނގެ އެދިވޮޑިގަތް އަޅަކު ރޮއްވައެވެ. ދެރަވެ ހިތާމަވާނޭ ގޮތް ހައްދަވައެވެ. ނުވަތަ قيامة ދުވަހުން ސުވަރުގޭގެ އަހުލުވެރީން އުފާކުރައްވާ ހެއްވައެވެ. އަދި ނަރަކައިގެ أهل ވެރީން ހިތާމަވެރިކުރައްވާ ރޮއްވައެވެ.
-
53:44
وَأَنَّهُۥ هُوَ أَمَاتَ وَأَحْيَا
Wa-ʹannahoo Huwa ʹamaata wa-ʹaḥyaa;
އަދި ތަކެތި މަރުއްވާ އަދި ދިރުއްވަނީވެސް ހަމަ އެކަލާނގެއެވެ.
-
53:45
وَأَنَّهُۥ خَلَقَ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰ
Wa-ʹannahoo khalaq̣az zawjayniẓ ẓakara wal-ʹuñs̤aa,
އަދި ހަމަކަށަވަރުން ކޮންމެ އެއްޗެއްވެސް ކޮންމެ ބާވަތެއްވެސް އަންހެން ފިރިހެން ޖޯޑު ހަމަވާ ގޮތަށް ހެއްދެވީވެސް ހަމަ އެކަލާނގެއެވެ.
-
53:46
مِن نُّطْفَةٍ إِذَا تُمْنَىٰ
Min nuṭfatin ʹiẓaa tumnaa;
އެކަލާނގެ އެތަކެތި ހައްދަވަނީ އަންހެން އެތީގެ رحِم ގެ ތެރެއަށް އޮހިގެންދާ މަނި ފޮދުވަރަކުންނެވެ. (އެއީ عامّ ކޮށް ހައްދަވާ ގޮތެވެ. އަދި އެނޫން ގޮތްގޮތަށް ހެއްދެވި ބައެއް ތަކެތިވެސް ވެއެވެ. والله أعلم)
-
53:47
وَأَنَّ عَلَيْهِ ٱلنَّشْأَةَ ٱلْأُخْرَىٰ
Wa-ʹanna ʻalayhin Nashʹatal ʹUkhraa;
އަދި ހަމަކަށަވަރުން (قيامة ދުވަހަށް) އަނެއްފަހަރުވެސް އެންމެހާ ތަކެތި އުފައްދަވާނީ ހަމަ އެކަލާނގެއެވެ.
-
53:48
وَأَنَّهُۥ هُوَ أَغْنَىٰ وَأَقْنَىٰ
Wa-ʹannahoo Huwa ʹag̣naa wa-ʹaq̣naa;
އަދި ހަމަކަށަވަރުން މުއްސަނދި ކުރައްވާ، އަދި فقير ކުރައްވަނީވެސް ހަމަ އެކަލާނގެއެވެ.
-
53:49
وَأَنَّهُۥ هُوَ رَبُّ ٱلشِّعْرَىٰ
Wa-ʹannahu Huwa Rabbush Shiʻraa;
އަދި ހަމަކަށާވަރުން شِعْرٰى އެވެ ކިޔޭ ތަރީގެ ربّ އަކީވެސް ހަމަ އެކަލާނގެއެވެ. (އެއީ خُزَاعَةُ ވަހައިގެމީހުން އަޅުކަންކުރާ ތަރިއެކެވެ.)
-
53:50
وَأَنَّهُۥٓ أَهْلَكَ عَادًا ٱلْأُولَىٰ
Wa-ʹannahooo ʹahlaka ʻAadanil ʹOolaa,
އަދި ހަމަކަށަވަރުން ފުރަތަމަ عاد (އެބަހީ عاد ބާގައިގެ މީހުން) ހަލާކު ކުރެއްވީވެސް ހަމަ އެކަލާނގެއެވެ.
-
53:51
وَثَمُودَا۟ فَمَآ أَبْقَىٰ
Wa-S̤amooda famaaa ʹabq̣aa,
އަދި ثمود ބާގައިގެ މީހުން ހަލާކު ކުރެއްވީވެސް ހަމަ އެކަލާނގެއެވެ. އޭގެ އެކަކުވެސް ބާކީވެ ނުހުރެ ހަމަ އެންމެން މަރުވެ ދިޔައީއެވެ.
-
53:52
وَقَوْمَ نُوحٍ مِّن قَبْلُ ۖ إِنَّهُمْ كَانُوا۟ هُمْ أَظْلَمَ وَأَطْغَىٰ
Wa-q̣awma Nooḥim miñ q̣ablu ʹinnahum kaanoo hum ʹaz̤̣lama wa-ʹaṭg̣aa;
އަދި އޭގެ ކުރީން نوح قوم ވެސް ހަލާކު ކުރެއްވީ ހަމަ އެކަލާނގެއެވެ. އެމީހުން ވީ އަނިޔާވެރިކަން މާބޮޑު އަދި މާ ނުކިޔަމަންތެރި ބަޔަކު ކަމުގައެވެ.
-
53:53
وَٱلْمُؤْتَفِكَةَ أَهْوَىٰ
Wal-muʹtafikata ʹahwaa,
އަދި مؤتفكة މީހުން - އެބަހީ لوط قوم ގެ މީހުން ވެސް ހަމަ ހަލާކު ކުރެއްވީ އެކަލާނގެ އެވެ. އެ قوم މަތީން ތިރިޔަށް ވައްޓަވާލެއްވީއެވެ.
-
53:54
فَغَشَّىٰهَا مَا غَشَّىٰ
Fag̣ashshaahaa maa- g̣ashshaa.
ދެން އެ قوم އެ ނިވައިކުރި އެއްޗެއް ނިވައިކުރީއެވެ. (އެބަހީ އެ قوم ގެ މައްޗަށް އައި عذاب އާއި، ހަލާކުގެ ހިލަ ވާރޭއިން އެތަން ވަނީ މުޅީން ނިވައިވެގެންނެވެ.)
-
53:55
فَبِأَىِّ ءَالَآءِ رَبِّكَ تَتَمَارَىٰ
Fabiʹayyi ʹaalaaaʹi Rabbika tatamaaraa?
ފަހެ ކަލޭގެފާނުގެ ربّ ގެ نعمة އާއި، عذاب ގެ ތެރެއިންކަލޭގެފާނު ޝައްކުކުރައްވައި ދޮގުކުރަނީ އަދި ދޮގުކުރެވޭނީ ކޮން އެއްޗެއް ހެއްޔެވެ؟ ޝައްކުކޮށް ދޮގުކުރެވޭނޭ އެއްވެސްކަމެއް ނެތެވެ.)
-
53:56
هَـٰذَا نَذِيرٌ مِّنَ ٱلنُّذُرِ ٱلْأُولَىٰٓ
Haaẓaa Naẓeerum minan nuẓuril ʹoolaa!
މި محمّد ގެފާނަކީ الله ފޮނުއްވި رسول އާއެވެ. އެއީ ހަމަ އިސްވެދިޔަ رسول ބޭކަލުންފަދަ رسول ބޭކަލެކެވެ. އިސްވެދިޔަ ބޭކަލުންވެސް އެބޭކަލުންގެ قوم އަށް إنذار ކުރެއްވިއެވެ. މިކަލޭގެފާނުވެސް މިއީ ހަމަ إنذار ކުރައްވާ نذير އެކެވެ. އެރޮނގުން ތަފާތެއް ނެތެވެ.
-
53:57
أَزِفَتِ ٱلْـَٔازِفَةُ
ʹAzifatil ʹAazifah:
قيامة ވުން ގާތް ވެއްޖެއެވެ.
-
53:58
لَيْسَ لَهَا مِن دُونِ ٱللَّهِ كَاشِفَةٌ
Laysa lahaa miñ doonil laahi kaashifah.
އަދި الله سبحانه وتعالى މެނުވީ އެ قيامة ވާނޭ وقت އެއް އެނގޭނޭ ހަމަ އެކަކުވެސް ނުވެއެވެ. އެދުވަހާ ބެހޭ އެއްވެސް ކަމެއް ހާމަކޮށްލެވޭނޭ އަދި كشف ކޮށްލެވޭނޭ އެކަކުވެސް ނުވެއެވެ.
-
53:59
أَفَمِنْ هَـٰذَا ٱلْحَدِيثِ تَعْجَبُونَ
ʹAfamin haaẓal ḥadees̤i taʻjaboon?
އަދި (އޭ مشرك ންނޭވެ!) ކަލޭމެން عجائب ވޭވެފައި މަލާމާތުގެ ގޮތުން ހީހީފައި ތިޔަ އުޅެނީ މި قر آن އާ މެދުގައި ހެއްޔެވެ؟
-
53:60
وَتَضْحَكُونَ وَلَا تَبْكُونَ
Wa-taḍḥakoona wa-laa tabkoon,―
އަދި އެ ފޮތުގައި ހުރި ބިރުވެރި خبر ތަކަށް އެއްވެސް ބިރެއްނެތި ރުއިމެއް ނެތި ތިޔަ އުޅެނީ ހެއްޔެވެ؟ އެއީ އެއްގޮތަކަށްވެސް މަލާމާތްކޮށް ހަދާ عجائب ވާންވީ ވާހަކައެއް ނޫނެވެ.
-
53:61
وَأَنتُمْ سَـٰمِدُونَ
Wa-ʹañtum saamidoon?
އެއީ ހަމަ ތެދު حقيقى ވާހަކަތަކެވެ. އަދި ކަލޭމެން ތިޔަ ތިބީ އެ ފޮތާމެދު غافل ވެގެންނެވެ. ނުވަތަ ކަލޭމެންގެ ބޮޑާކަމާއި، كبر ވެރިކަމުން ނުބަލާށެވެ.
-
53:62
فَٱسْجُدُوا۟ لِلَّهِ وَٱعْبُدُوا۟ ۩
Fasjudoo lillaahi waʻbudoo!
(އޭ مؤمن ންނޭވެ! ކާފަރުންނާއި، مشرك ން އެހެން އުޅުނަސް) ކަލޭމެން ﷲ އަށް سجدة ކުރާށެވެ! އަދި އެކަލާނގެއަށް އަޅުކަން ކުރާށެވެ!
Surah Al-QamarBegins here at 54:1
-
54:1
ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ
ʹIq̣tarabatis Saaʻatu wañ-shaq̣q̣al Q̣AMAR.
قيامة ދުވަސް ގާތްވެއްޖެއެވެ. އަދި ހަނދު ފަޅައިގެން ހިނގައްޖެއެވެ.\nދަންނައެވެ. قيامة ގާތްވެއްޖެ ކަމުގައި އޮތް ބަސްފުޅުން މުރާދުވެވެނީ محمّد ﷺ ގެ نبي ކަމާއިގެން ފޮނުއްވެވުމުގެ ވަގުތުން ފެށިގެން ދެން އޮތް ވަގުތާއި، އޭގެ ކުރީން ދުނިޔެއިން ވޭތިވެގެން ދިޔަ ވަގުތާ އަޅާ ބަލާއިރު އިސްވެދިޔަ ވަގުތު ގިނަވެފައި، رسول الله ﷺ އެއީ އެންމެ ފަހުގެ نبي އާ ކަމުގައި ވީކަމެވެ. ފަހެ އެކަލޭގެފާނު ފޮނުއްވެވުމުން ދެން قيامة އެ ގާތްވީއެވެ.\nހަނދު ފަޅައިގެންދިޔަ މައްސަލައަކީ تاريخ އާއި، سيرة ން صريح ކޮށް ސާބިތުވާ ގޮތުން مكّة ގެ مشرك ން رسول الله ﷺ ގެ އަރިހުން އެކަމަށް އެދުނު ހިނދުން އެކަލޭގެފާނު ހަނދަށް إشارة ކުރެއްވުމުން ﷲ އެ ހަނދު ދެފަޅިކުރައްވައި رسول الله ﷺ ގެ رسول ކަމުގެ މައްޗަށް تائيد ކުރާ معجزة އެއްގެ ގޮތުން ލެއްވި ކަމެވެ. އެ އެ معجزة ކާފަރުންވެސް ދުށްޓެވެ. އަދި إيمان ނުވި މީހުން ބުނީ އެއީ ދެމިގެންވާ سحر އެއް ކަމަށެވެ. އެވާހަކަ ދެވަނަ آية ގައި އެވަނީއެވެ.
-
54:2
وَإِن يَرَوْا۟ ءَايَةً يُعْرِضُوا۟ وَيَقُولُوا۟ سِحْرٌ مُّسْتَمِرٌّ
Wa-ʹiñy yaraw ʹaayatañy yuʻriḍoo wa-yaq̣ooloo siḥrum mustamirr.
އަދި އެމީހުން ކޮންމެ معجزة އެއް ދުށް ނަމަވެސް އެމީހުން އެއެއްޤަބޫލެއް ނުކުރެއެވެ. އެވެ. އަދި އެމީހުން ބުނަނީ ތިޔައީ ދެމިގެންވާ سحر އެއް ކަމަށެވެ.
-
54:3
وَكَذَّبُوا۟ وَٱتَّبَعُوٓا۟ أَهْوَآءَهُمْ ۚ وَكُلُّ أَمْرٍ مُّسْتَقِرٌّ
Wa-kaẓẓaboo wattabaʻooo ʹahwaaaʹahum wa-kullu ʹamrim mustaq̣irr.
އަދި އެމީހުން (ﷲ ގެ رسول އާ އާއި، އަދި ﷲ ގެ قدرة ތެރިކަމުގެ ތެރެއިން އެމީހުން ދުށް ކަންތައްތައް) ދޮގުކޮށްފި އެވެ. އަދި އެމީހުން تبع ވީ އެމީހުން ގެ އަމިއްލަ އެދުމާއެވެ. އެމީހުންގެ هوٰى نفس އާއެވެ. އަދި ހުރިހާ ކަމެއް ވަނީ قرار ވެގެންނެވެ. (އެބަހީ ހުރިހާ ކަމެއްވެސް އޭގެ نهاية ގައި ވަނީ قرار ވެ ހަމަޖެހި ނިމިފައެވެ. ފަހެ ހެޔޮ ކަންތައް ވަނީ ހެޔޮކަމުގެ أهل ވެރީންނާ ހަމައަށް ނިމި ވެފައެވެ. އަދި ނުބައި ކަންތައް ވަނީ ނުބައިކަމުގެ أهل ވެރީންނާ ހަމައަށް ނިމި قرار ވެފައެވެ.) والله أعلم.
-
54:4
وَلَقَدْ جَآءَهُم مِّنَ ٱلْأَنۢبَآءِ مَا فِيهِ مُزْدَجَرٌ
Wa-laq̣ad jaaaʹahum minal ʹambaaaʹi maa- feehi muzdajar.
އަދި އެ خبر ތަކުގައި ބިރުވެރިކަން ހުރި ވާހަކަތަކާއި، خبر ތައް ހަމަކަށަވަރުން އެމީހުން ކައިރިޔަށް އަތުވެއްޖެއެވެ. (އެބަހީ مكّة ގެ مشرك ން ގާތަށް ނުވަތަ عامّ ކޮށް އެންމެހައި ކާފަރުން ގާތަށް އިސްވެދިޔަ أمّة ތަކުގެ ވާހަކަތަކުގެ ތެރެއިން ބިރުވެރިކަން ހުރި ވާހަކަތައް މި قرآن ން އައިސްފައި ވާނެއެވެ. މި މީހުން އެއިން عبرة حاصل ކުރުން ހުއްޓެވެ.)
-
54:5
حِكْمَةٌۢ بَـٰلِغَةٌ ۖ فَمَا تُغْنِ ٱلنُّذُرُ
Ḥikmatum baalig̣atuñ famaa tug̣nin Nuẓur.
އެއީ، އެބަހީ قرآن އަކީ އޭގެ بلاغة ތެރިކަމާއި، ފުރިހަމަކަން އޭގެ نهاية އަށް ގޮސްފައިވާ ފޮތެކެވެ. ފަހެ (އެކަމަކު) إنذار އަކުން ފައިދާއެއް ނުކުރިއެވެ. (އެބަހީ އިސްވެދިޔަ قوم ތަކަށް ވަޑައިގެންނެވި نبي ބޭކަލުންނާއި، رسول ބޭކަލުން އެ قوم ތަކަށް އެ ކުރެއްވި إنذار ން އެ قوم ތަކަކަށް އެއްވެސް ކަމެއް ނުފުދުނެވެ.)
-
54:6
فَتَوَلَّ عَنْهُمْ ۘ يَوْمَ يَدْعُ ٱلدَّاعِ إِلَىٰ شَىْءٍ نُّكُرٍ
Fatawalla ʻanhum. Yawma yadʻud Daaʻi ʹilaa shayʹin nukur,
(އޭ މާތްވެގެންވާ رسول އާއެވެ!) އެމީހުންގެ ކިބައިން ކަލޭގެފާނު އެނބުރިވަޑައިގަންނަވާށެވެ. އެމީހުން ދޫކޮށްލައްވާށެވެ. الله އެމީހުންނާމެދު حكم ކުރައްވާނެއެވެ. އަދި ގޮވާލައްވާ ފަރާތުގެ ގޮވާލެއްވުމުގެ ދުވަސް ހަނދުމަފުޅު ކުރައްވާށެވެ. (އެއީ إسرافيل ގެފާނު އެންމެހައި މީސްތަކުން محشر އަށް جمع ވުމަށް ގޮވާލައްވާ ގޮވާލެއްވުމެވެ.) އެކަލޭގެފާނު ގޮވާލައްވާނީ އެ ކާފަރުން إنكار ކުރާ އެއްޗަކަށެވެ. އެއީ محشر ގެ ميدان އަށް جمع ވުމަށެވެ.
-
54:7
خُشَّعًا أَبْصَـٰرُهُمْ يَخْرُجُونَ مِنَ ٱلْأَجْدَاثِ كَأَنَّهُمْ جَرَادٌ مُّنتَشِرٌ
Khushshaʻan ʹabṣaaruhum yakhrujoona minal ʹajdaas̤i kaʹannahum jaraadum muñtashir.
އެމީހުންތައް ލޯތަކުން ފެންކަޅިވެ ބިރުވެތިވެގެންވާ حال ކައްވަޅުތަކުން ނުކުންނާނެއެވެ. (މީސްތަކުން ގިނަކަމާއެކު އެއްބަޔަކު އަނެއް ބައެއްގެ ތެރެއަށް ވަދެ މަސްހުނިވުމުގެ ސަބަބުން) އެމީހުން ހީވާނީ ފެތުރިގެންވާ ގޮއްފުޅަނގިތަކެއް ހެންނެވެ.
-
54:8
مُّهْطِعِينَ إِلَى ٱلدَّاعِ ۖ يَقُولُ ٱلْكَـٰفِرُونَ هَـٰذَا يَوْمٌ عَسِرٌ
Muhṭiʻeena ʹilad Daaʻ! Yaq̣oolul kaafiroona ˹Haaẓaa Yawmun ʻasir.˺
މީސްތަކުން އަވަސް އަވަހަށް އެ ގޮވާލާ ބޭކަލަކާ ދިމާއަށް އަވަސްވެގަންނާނެއެވެ. އަދި ކާފަރުން ބުނާނެއެވެ. މިއީ އުނދަގޫ ދުވަހެކެވެ. ދަތި ދުވަހެކެވެ.
-
54:9
۞ كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ فَكَذَّبُوا۟ عَبْدَنَا وَقَالُوا۟ مَجْنُونٌ وَٱزْدُجِرَ
Kaẓẓabat q̣ablahum Q̣awmu Nooḥiñ fakaẓẓaboo ʻAbdanaa wa-q̣aaloo majnooñuw wazdujir.
އަދި އެމީހުންގެ ކުރީން - އެބަހީ مكّة ގެ مشرك ންގެ ކުރީން - نوح ގެފާނުންގެ قوم ގެ މީހުން (އެމީހުން ގާތަށް ފޮނުއްވެވުނު رسول نوح عَلَيه السلام ގެ رسول ކަން) ދޮގުކުރިއެވެ. އަދި އެމީހުން ތިމަން ރަސްކަލާނގެ އަޅާ - އެބަހީ نوح- عَلَيه السلام ދޮގުކޮށްފިއެވެ. އަދި އެމީހުން އެކަލޭގެފާނާ ދިމާއަށް ބުނީ އެއީ مجنون އެކެވެ. މޮޔައެކެވެ. އަދި އެމީހުން އެކި ގޮތްގޮތުން އެކަލޭގެފާނު ބިރުގަންނަވާހެދިއެވެ.
-
54:10
فَدَعَا رَبَّهُۥٓ أَنِّى مَغْلُوبٌ فَٱنتَصِرْ
Fadaʻaa Rabbahooo ʹannee mag̣loobuñ fañtaṣir!
ދެންފަހެ (نوح عَلَيه السلام ގެ قوم ގެ މީހުން އެކަލޭގެފާނު ދޮގުކުރި ހިނދުން) އެކަލޭގެފާނު އެކަލޭގެފާނުންގެ ربّ އަށް دعاء ދެންނެވިއެވެ. އޭ، މިއަޅާގެ ربّ އެވެ. މިއަޅާ ވަނީ ބަލިވެ، ދެރަވެގެންނެވެ. އެހެންވެ މިއަޅާއަށް نصر ދެއްވާނދޭވެ!
-
54:11
فَفَتَحْنَآ أَبْوَٰبَ ٱلسَّمَآءِ بِمَآءٍ مُّنْهَمِرٍ
Fafataḥnaaa ʹabwaabas samaaaʹi bimaaaʹim munhamir.
ދެންފަހެ ތިމަން ރަސްކަލާނގެ އޮހިއޮހިގެން ފައިބާ ފެނާއިގެން އުޑުގެ ދޮރުތައް ހުޅުވައިލީމެވެ. (އެބަހީ ބޯކޮށް ވާރޭ ވެއްސެވީމެވެ.)
-
54:12
وَفَجَّرْنَا ٱلْأَرْضَ عُيُونًا فَٱلْتَقَى ٱلْمَآءُ عَلَىٰٓ أَمْرٍ قَدْ قُدِرَ
Wa-fajjarnal ʹarḍa ʻuyoonañ faltaq̣al maaaʹu ʻalaaa ʹamriñ q̣ad q̣udir.
އަދި ބިމުންވެސް ފެންކޯރުތައް ފަޅުއްވައި، ބިމުގައި ކޯރު ދަންމަވާލެއްވީމެވެ. ދެން ވާރޭފެނާއި، ބިމުގެ ފެނާ އެއްކުރައްވާހެއްދެވީމެވެ. (އެއީ އަވަހަށް ފެންގަނޑު ބޮޑުކޮށްލާށެވެ.) އަދި އެކަމަކީ މާ ކުރީ أزل ގައި ލިޔެވި މިންވަރުވެ ނިމިފައިވާ އަމުރެއްގެ މައްޗަށެވެ.
-
54:13
وَحَمَلْنَـٰهُ عَلَىٰ ذَاتِ أَلْوَٰحٍ وَدُسُرٍ
Wa-ḥamalnaahu ʻalaa ẓaati ʹalwaaḥiñw Wadusur,
އަދި ތިމަން ރަސްކަލާނގެ އެކަލޭގެފާނު (އެބަހީ نوح عَلَيه السلام) ފިލަޔާއި، މޮހޮރުން ހަދާފައިވާ ނާކޮޅުގައި އުފުއްލެވީމެވެ.
-
54:14
تَجْرِى بِأَعْيُنِنَا جَزَآءً لِّمَن كَانَ كُفِرَ
Tajree biʹaʻyuninaa; jazaaaʹal limañ kaana kufir!
އެ ނާކޮޅު ދުވަމުން ދިޔައީ ތިމަން ރަސްކަލާނގެ ފުރިހަމަ ބެއްލެވުމާއި، ރައްކާތެރިކަމާ އެކުގައެވެ. އެއީ ކާފަރުވީ މީސްތަކުންނަށް عذاب އެއްގެ ގޮތުންނެވެ. (އެމީހުން ކަނޑުގައި غرق ވެގެން ދިޔައީއެވެ.)
-
54:15
وَلَقَد تَّرَكْنَـٰهَآ ءَايَةً فَهَلْ مِن مُّدَّكِرٍ
Wa-laq̣at taraknaahaaa ʹAayatañ fahal mim muddakir?
އަދި ތިމަން ރަސްކަލާނގެ އެ ކަންތައް (އެބަހީ نوح ގެފާނުން އެ وَاقِعَة)، ފުރިހަމަ عبرة އަކަށް ދުނިޔެއަށް ދޫކުރެއްވީމެވެ. ފަހެ وعظ އާއި، نصيحة އާއި، عبرة ލިބިގަންނަ އެކަކުވެސް އުޅޭ ބާވައެވެ؟
-
54:16
فَكَيْفَ كَانَ عَذَابِى وَنُذُرِ
Fakayfa kaana ʻAẓaabee wa-Nuẓur?
ދެންފަހެ (އެ أمّة ގެ މީހުންނާމެދު) ތިމަން ރަސްކަލާނގެ عذاب އާއި، إنذار ހުރީ ކޮންފަދައަކުން ހެއްޔެވެ؟ (އެކަން ހުރީ ވަރަށްވެސް ބޮޑު އަދި ބިރުވެރިކޮށެވެ.)
-
54:17
وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
Wa-laq̣ad yassarnal Q̣urʹaana liẓ-Ẓikri fahal mim muddakir?
އަދި ހަމަކަށަވަރުން ދަސްކުރުމަށާއި، ވިސްނައި ފިކުރު ކުރުމަށް ފަސޭހަ އެއްޗެއް ކަމުގައި ތިމަން ރަސްކަލާނގެ قرآن ލެއްވީމެވެ. ދަސްކުރުމަށް قرآنފަސޭހަކުރެއްވީމެވެ.
-
54:18
كَذَّبَتْ عَادٌ فَكَيْفَ كَانَ عَذَابِى وَنُذُرِ
Kaẓẓabat ʻAaduñ fakayfa kaana ʻAẓaabee wa-Nuẓur.
عاد ބާގައިގެ މީހުން (އެމީހުންގެ ގާތަށް ފޮނުއްވުނު رسول އާ هود عَلَيه السلام) ދޮގުކޮށްފޫއެވެ. ފަހެ އެމީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ عذاب އާއި، إنذار ހުރީ ކޮންފަދައަކުން ހެއްޔެވެ؟
-
54:19
إِنَّآ أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِى يَوْمِ نَحْسٍ مُّسْتَمِرٍّ
ʹInnaaa ʹarsalnaa ʻalayhim reeḥañ ṣarṣarañ fee Yawmi naḥsim mustamirr,
ހަމަކަށަވަރުން ފިނިކަން ގަދަވެގެންވާ ސުންޕާ ވައެއް ތިމަން ރަސްކަލާނގެ އެމީހުންގެ މައްޗަށް ފޮނުއްވީމެވެ. (ހަތް ރެޔާއި، އަށް ދުވަސް ވާނދެން) އެމީހުންގެ މައްޗަށް އެ ވައި ދެމިހުއްޓެވެ.
-
54:20
تَنزِعُ ٱلنَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍ مُّنقَعِرٍ
Tañziʻun naasa kaʹannahum ʹaʻjaazu nakhlim muñq̣aʻir.
އެ ވައިގެ ބާރުކަމުން އެމީހުން ބިމުން ވަކިވެ އެތައް ހިސާބަކަށް އުފުލިފައި ކަނދުރާވަތަށް ވެއްޓި ޖެހޭބާރު ބޯ ވަކިވާ ކަމުގައި ވިއެވެ. އެމީހުން އެ حال ގައި ތިއްބާ ފެނުނީމައި ހީވަނީ ކޮންފަދައަކުން ހެއްޔެވެ؟ ހީވަނީ ބިމުން ލުހެވި، އުކިފައިވާ ކަދުރު ރުކުގެ ބުޑުތަކެއް ހެންނެވެ.
-
54:21
فَكَيْفَ كَانَ عَذَابِى وَنُذُرِ
Fakayfa kaana ʻaẓaabee wa-nuẓur?
ފަހެ ތިމަން ރަސްކަލާނގެ عذاب އާއި، إنذار އެމީހުންގެ މައްޗަށް ކޮންފަދަ ހެއްޔެވެ؟ (ގަދަފަދަ ވެގެން ވިއެވެ.)
-
54:22
وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
Wa-laq̣ad yassarnal Q̣urʹaana liẓ-Ẓikri fahal mim muddakir?
އަދި ހަމަކަށަވަރުން ދަސްކޮށް، فكر ކޮށް ވިސްނާހެދުމަށް ތިމަން ރަސްކަލާނގެ قرآن ފަސޭހަކުރެއްވީމެވެ. ފަހެ وعظ އާއި، نصيحة އާއި، عبرة ލިބިގަންނަ އެކަކުވެސް އެބަ ވޭބާވައެވެ؟\nنصيحة އާއި عبرة ލިބިގަންނަ އެކަކުވެސް އެބަހުރި ބާވައެވެ؟
-
54:23
كَذَّبَتْ ثَمُودُ بِٱلنُّذُرِ
Kaẓẓabat S̤amoodu bin-Nuẓur.
ثمود ބާގައިގެ މީހުން رسول ބޭކަލުން ދޮގުކޮށްފިއެވެ. ثمود ބާގައިގެ މީހުންނަކީ سلام ލެއްވި صالح ގެފާނުންގެ قوم ގެ މީހުންނެވެ. އެމީހުން صالح ގެފާނުންގެ رسول ކަން ދޮގުކުރުމުގެ ސަބަބުން އެމީހުން رسول ން ދޮގުކުރިކަމަށް وحِى ކުރައްވާފައި އެވަނީއެވެ. އެއިން އެނގޭ އެއްޗަކީ رسول ބޭކަލުންކުރެ އެއް ބޭކަލަކު ދޮގުކުރުމުން ހުރިހާ رسول ން ދޮގުކުރުމެކޭ އެއްވަރު ވާނެކަމެވެ.
-
54:24
فَقَالُوٓا۟ أَبَشَرًا مِّنَّا وَٰحِدًا نَّتَّبِعُهُۥٓ إِنَّآ إِذًا لَّفِى ضَلَـٰلٍ وَسُعُرٍ
Faq̣aalooo ʹabasharam minnaa waaḥidan nattabiʻuhooo ʹinnaaa ʹiẓal lafee ḍalaaliñw wasuʻur!
އަދި އެބައިމީހުން (صالح ގެފާނާ ދިމާއަށް ބުންޏެވެ.) އަހުރެމެން ކަހަލަ ހަމަ އެންމެ آدم ގެ ދަރިޔަކަށް އަހުރެމެން تبع ވާންވީ ހެއްޔެވެ؟ އެހެން ހަދައިފިނަމަ އަހުރެމެން ވާނީ ކަނޑައެޅިގެން މަގުފުރެދުމެއްގައެވެ. އަދި ސީދާ ތެދުގޮތާ ދުރުވެގެންނެވެ. ނުވަތަ އަހުރެމެން ވާނީ މޮޔަ ބަޔަކު ކަމުގައެވެ. (އެހެނީ އޭނާޔަކީ ހަމަ އަހުރެމެންގެ މީހެކެވެ. ކައިބޮއި ހަދަނީވެސް ހަމަ އަހުރެމެން ކައިބޮއިހަދާ ތަކެއްޗެވެ.
-
54:25
أَءُلْقِىَ ٱلذِّكْرُ عَلَيْهِ مِنۢ بَيْنِنَا بَلْ هُوَ كَذَّابٌ أَشِرٌ
ʹA-ʹulq̣iyaẓ Ẓikru ʻalayhi mim bayninaa bal huwa kaẓẓaabun ʹashir!
އަހުރެމެންގެ ތެރެއިން އޭނާއަށް وحِى އާއި، نبيކަން އަންނަންވީ ހެއްޔެވެ؟ (އޭނާއަށްވުރެ މާ ރަނގަޅު މީހުންވެސް މި ތިބީއެވެ.) އެއީ ބޮޑު عجائب އެކެވެ. އަދި ކިޔެއް ހެއްޔެވެ؟ އޭނާއަކީ ގިނަގިނައިން ދޮގުހަދާ ބޮޑާ މީހަކީއެވެ.
-
54:26
سَيَعْلَمُونَ غَدًا مَّنِ ٱلْكَذَّابُ ٱلْأَشِرُ
Sayaʻlamoona g̣adam manil kaẓẓaabul ʹashir!
(الله އެމީހުންނަށް ރައްދުކުރައްވައި وحِى ކުރައްވަނީއެވެ.) ނިކަންހުރެ ދޮގުވެރިޔަކީ ކާކުކަން، އަދި ބޮޑާ މީހަކީ ކާކުކަން މާދަމާ (قيامة ދުވަހުން ނުވަތަ عذاب އަންނަ ދުވަހުން) ރަނގަޅަށް އެމީހުންނަށް އެނގިދާނެއެވެ.
-
54:27
إِنَّا مُرْسِلُوا۟ ٱلنَّاقَةِ فِتْنَةً لَّهُمْ فَٱرْتَقِبْهُمْ وَٱصْطَبِرْ
ʹInnaa mursilun naaq̣ati fitnatal lahum fartaq̣ibhum waṣṭabir!
ނިކަންހުރެ އެމީހުންނަށް إمتحان އެއްގެ ގޮތުން ތިމަން ރަސްކަލާނގެ جمل ކޮޅު ނެރުއްވާހުށީމެވެ. (އެއީ صالح ގެފާނުންގެ ކިބައިން معجزة އަކަށް އެމީހުން އެދުނު ހިނދުން الله އެމީހުންނަށް ފޮނުއްވި معجزة އެކެވެ.) ރީތިކަމާއި، ބާރުގެ ގޮތުން لا مثيل އެއްޗެކެވެ. ދެންފަހެ الله تعالى صالح ގެފާނަށް އެންގެވިއެވެ. އެމީހުންގެ ކަންތައް ހުންނަ ގޮތަކާމެދު ބައްލަވާން ހުންނަވާށެވެ. އަދި ކެތްތެރި ވެވަޑައިގަންނަވާށެވެ.
-
54:28
وَنَبِّئْهُمْ أَنَّ ٱلْمَآءَ قِسْمَةٌۢ بَيْنَهُمْ ۖ كُلُّ شِرْبٍ مُّحْتَضَرٌ
Wa-nabbiʹhum ʹannal maaaʹa q̣ismatum baynahum: kullu shirbim muḥtaḍar.
އަދި ރަށުގެ ފެން ވަނީ ދެބަޔަށް ބެހިގެން ކަމުގައި އެމީހުންނަށް އަންގަވާށެވެ. އެބަހީ އެބައިމީހުން ފެން ބޭނުންކުރާ ވަޅުގެ ފެން ހުންނަން ވާނީ ބެހެވިގެންނެވެ. އެއްދުވަހު ހުރިހާ ފެނެއް ހުންނާނީ جمل ކޮޅަށެވެ. އަނެއް ދުވަހު ރަށުގެ މީހުންނަށާއި، އެހެނިހެން حيوان އަށެވެ. (ދެންފަހެ މިބައިމީހުންނަށް މިގޮތް ކަމު ނުގޮސްގެން ދުވަސްކޮޅެއް ވީފަހުން އެ جمل ކޮޅު ކަތިލުމުގެ خيال އައިސް އެކަމަށް ތައްޔާރުވެއްޖެއެވެ.
-
54:29
فَنَادَوْا۟ صَاحِبَهُمْ فَتَعَاطَىٰ فَعَقَرَ
Fanaadaw ṣaaḥibahum fataʻaaṭaa faʻaq̣ar.
ފަހެ އެމީހުން އެމީހުންގެ އެކުވެރިޔާ (قَدَّار بن سالِف) އަށް ގޮވައިފިއެވެ. ދެން އޭނާ ކަނޑިނަގައި އެ جمل ކޮޅުގައި ޖަހައި އެ جمل ކޮޅު ކަތިލައި ނިންމައިފިއެވެ
-
54:30
فَكَيْفَ كَانَ عَذَابِى وَنُذُرِ
Fakayfa kaana ʻAẓaabee wa-Nuẓur!
ފަހެ ތިމަން ރަސްކަލާނގެ عذاب އާއި إنذار ހުރީ ކޮންފަދައަކުން ހެއްޔެވެ؟
-
54:31
إِنَّآ أَرْسَلْنَا عَلَيْهِمْ صَيْحَةً وَٰحِدَةً فَكَانُوا۟ كَهَشِيمِ ٱلْمُحْتَظِرِ
ʹInnaaa ʹarsalnaa ʻalayhim Ṣayḥatañw waaḥidatañ fakaanoo kahasheemil muḥtaz̤̣ir.
ތިމަން ރަސްކަލާނގެ އެމީހުންގެ މައްޗަށް ފޮނުއްވީ އެންމެ އަޑުފަށެކެވެ. (جبريل عليه السلام ގޮވާލެއްވި އެންމެ އަޑުފަށެކެވެ.) އެ އަޑުފަށް ގަދަކަމުން އެމީހުންގެ ކަންފަތްތަކަށް ކެތްނުވެ ހިތްތައް މުޅީން ފަޅަފަޅައިގެން ގޮސް އެންމެން - އެންމެހާ ކާފަރުން - މަރުވެ ތަންޑާވީއެވެ. އެމީހުން ހީވަނީ އެތަން-މިތަނަށް އުކިފައިވާ ގެރިބަކައްޓަށް ކާންދޭން ތައްޔާރުކޮށްފައިވާ ހިކި ވިނަބޮނޑިބޮނޑި ހެންނެވެ. (މިއީ އެ قوم އަށް އައި عذاب އެވެ. ސަލާމަތްވީ صالح ގެފާނާއި، ދެންވެސް ތިބި مؤمن ންއެޢަޒާބުން އެކަލާނގެ ސަލާމަތްކުރެއްވިއެވެ.
-
54:32
وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
Wa-laq̣ad yassarnal Q̣urʹaana liẓ-Ẓikri fahal mim muddakir?
އަދި ހަމަކަށަވަރުން ދަސްކުރުމަށާއި، ވިސްނައި فكر ކުރުމަށް ތިމަން ރަސްކަލާނގެ قرآن ފަސޭހަކުރެއްވީމެވެ. ފަހެ وعظ އާއި، نصيحة ލިބިގަންނަ މީހަކު ވޭބާވައެވެ؟
-
54:33
كَذَّبَتْ قَوْمُ لُوطٍۭ بِٱلنُّذُرِ
Kaẓẓabat Q̣awmu Looṭim bin-Nuẓur.
لوط ބާގައިގެ މީހުން އެމީހުންގެ رسول އާ (لوط عَلَيهِ السلام) ދޮގުކުރިއެވެ. (لوط عَلَيهِ السلام އަކީ إبراهيم عَلَيهِ السلام ގެ أخ هارون ގެ ދަރިކަލުންނެވެ. އެކަލޭގެފާނުގެ قوم އަކީ سدوم ކިޔާ ރަށެކެވެ. މި ރަށުގެ މީހުންނަކީ ފިރިހެނުންނާ އެޅުނު ބަޔެކެވެ. އެންމެ ފަހުން الله تعالى އެމީހުން ހަލާކު ކުރެއްވުމަށް އިރާދަކުރައްވައި އެރަށް ހަލާކު ކުރެއްވުމަށް ملائكة ންގެ جماعة އެއް ފޮނުއްވިއެވެ. އެ ބޭކަލުން ފޮނުއްވީ ރީތި ފިރިހެނުންތަކެއްގެ ސިފައިގައެވެ. އެހިނދުން ރަށުގެ މީހުން ދިމާކުރީ މި މާތް ملائكة ބޭކަލުން ގަޔަށް އަރާށެވެ. އެވަގުތު الله تعالى އެމީހުންގެ ލޯތައް އަނދިރި ކުރައްވައި ލޯ ހުރިތަން ލޯ ނެތްތަނެއް ކަމުގައި ހައްދަވާލެއްވިއެވެ.
-
54:34
إِنَّآ أَرْسَلْنَا عَلَيْهِمْ حَاصِبًا إِلَّآ ءَالَ لُوطٍ ۖ نَّجَّيْنَـٰهُم بِسَحَرٍ
ʹInnaaa ʹarsalnaa ʻalayhim ḥaaṣiban ʹillaaa ʹaala Looṭ; najjaynaahum̃ bisaḥar,―
ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެމީހުންގެ މައްޗަށް ގަދަ ވައެއް ފޮނުވީމެވެ. އެ ވަޔާއެކު ހިލަކޮޅުކޮޅު އެކުލެވިގެން ވެއެވެ. އެއީ عذاب ގެ ހިލަކޮޅުކޮޅެވެ. لوط ގެފާނުންގެ آل ން ނޫން އެހެން އެންމެންނަށް އެ عذاب ދިމާވިއެވެ. لوطގެފާނުންގެ آل ން ތިމަން ރަސްކަލާނގެ ސަލާމަތްކުރައްވާ މިންޖުކުރެއްވީމެވެ. އެއީ ފަތިސްވަގުތުގައެވެ.)
-
54:35
نِّعْمَةً مِّنْ عِندِنَا ۚ كَذَٰلِكَ نَجْزِى مَن شَكَرَ
Niʻmatam min ʻIñdinaa; kaẓaalika najzee mañ shakar.
އެއީ ތިމަން ރަސްކަލާނގެ حضرة ން އެބޭކަލުންނަށް ވާ نعمة އެއްގެ ގޮތުންނެވެ. ތިމަން ރަސްކަލާނގެ نعمة އަށް شكر ކުރާ މީހުންނަށް ތިމަން ރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
-
54:36
وَلَقَدْ أَنذَرَهُم بَطْشَتَنَا فَتَمَارَوْا۟ بِٱلنُّذُرِ
Wa-laq̣ad ʹañẓarahum̃ baṭshatanaa fatamaaraw bin-Nuẓur.
އަދި ހަމަކަށަވަރުން އެކަލޭގެފާނު އެބަހީ لوط ގެފާނު އެ قوم ގެ މީހުންނަށް ތިމަން ރަސްކަލާނގެ عذاب އާއި، ކޯފާއާއި، އަދި ހިއްޕެވުމުގެ ވާހަކައިން އިންޒާރުކުރެއްވިއެވެ. ފަހެ އެމީހުން ވީ އެކަމަށް ޝައްކު ކުރާ މީހުން ކަމުގައެވެ. އަދި އެމީހުން އެކަލޭގެފާނުންގެ ބަސް ނާހައި جدل ކުރީއެވެ. އެ ހުރިހައި إنذار އަކަށާއި، އެ ރަސޫލާއަށް އިދިކޮޅުހަދައި ޖަދަލުކޮށް ހެދީއެވެ.
-
54:37
وَلَقَدْ رَٰوَدُوهُ عَن ضَيْفِهِۦ فَطَمَسْنَآ أَعْيُنَهُمْ فَذُوقُوا۟ عَذَابِى وَنُذُرِ
Wa-laq̣ad raawadoohu ʻañ ḍayfihee faṭamasnaaa ʹaʻyunahum faẓooq̣oo ʻAẓaabee wa-nuẓur.
ފަހެއެމީހުން ހަމަކަށަވަރުން އެކަލޭގެފާނުންގެ މެހުމާނުންގެ ގަޔަށް އަރައި ނުބައިކަންތައްކުރުމަށް ހީކުރިއެވެ. ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެ ލޯތައް ކަނުކޮށްލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ޢަޒާބުގެރަހަ ކަލޭމެން ލިބިގަންނާށޭ އެމީހުންނަށް އެންގެވީމެވެ.
-
54:38
وَلَقَدْ صَبَّحَهُم بُكْرَةً عَذَابٌ مُّسْتَقِرٌّ
Wa-laq̣ad ṣabbaḥahum̃ bukratan ʻAẓaabum mustaq̣irr:
އަދި ހަމަކަށަވަރުން އެމީހުން އަވަސް އަވަހަށް ފަތިސްކުރީ ދެމިހުންނަނިވި عذاب އެއްގައެވެ. (އެބަހީ ބޮޑުފަތިހާ އަލިވާ ވަގުތު) އެމީހުންނަށް عذاب އައީއެވެ. އެއީ ދެމިހުންނަނިވި عذاب އެކެވެ. برزخ ގެ عالم ގައިވެސް އަދި آخرة ގައިވެސް އެމީހުންނަށް އެ عذاب ދެމިހުންނާނޭ ކަމަށް ވެއެވެ.
-
54:39
فَذُوقُوا۟ عَذَابِى وَنُذُرِ
Faẓooq̣oo ʻAẓaabee wa-Nuẓur.
(އަދި އެމީހުންނަށް އެންގެވުނެވެ.) ތިމަން ރަސްކަލާނގެ عذاب އާއި، إنذار ގެ ރަހަ ކަލޭމެން ލިބިގަންނާށެވެ.
-
54:40
وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
Wa-laq̣ad yassarnal Q̣urʹaana liẓ-Ẓikri fahal mim muddakir?
އަދި ދަސްކުރުމަށާއި، ވިސްނައި فكر ކުރުމަށް ތިމަން ރަސްކަލާނގެ قرآن ފަސޭހަކުރެއްވީމެވެ. ފަހެ وعظ އާއި، نصيحة އާއި، عبرة ލިބިގަންނަ އެކަކުވެސް އެބަ ވޭބާވައެވެ؟
-
54:41
وَلَقَدْ جَآءَ ءَالَ فِرْعَوْنَ ٱلنُّذُرُ
Wa-laq̣ad jaaaʹa ʹAala Firʻawnan nuẓur.
އަދި ހަމަކަށަވަރުން فرعون ގެ آل ންގެ ގާތަށްވެސް رسول ން ވަޑައިގަތެވެ. (އެއީ موسٰى عَلَيهِ السلام އާއި، هارون عَلَيهِ السلام އެވެ.)
-
54:42
كَذَّبُوا۟ بِـَٔايَـٰتِنَا كُلِّهَا فَأَخَذْنَـٰهُمْ أَخْذَ عَزِيزٍ مُّقْتَدِرٍ
Kaẓẓaboo biʹAayaatinaa kullihaa faʹakhaẓnaahum ʹakhẓa ʻAzeezim Muq̣tadir.
އަދި އެމީހުން ތިމަން ރަސްކަލާނގެ އެންމެހައި معجزة ތައް ދޮގުކުރީއެވެ. (އެއީ ނުވަ معجزة ކަމުގައި ބުނެވެއެވެ.) ދެންފަހެ ހުރިހާ ކަމަކަށް ކުޅަދާނަ عزّة ތެރި، އަދި ބާރުގަދަ ފަރާތަކުން ހިފައިގަންނަ ގޮތަށް ތިމަން ރަސްކަލާނގެ އެމީހުން ހިއްޕެވީމެވެ. މަރައި، ހަލާކު ކުރެއްވީމެވެ.
-
54:43
أَكُفَّارُكُمْ خَيْرٌ مِّنْ أُو۟لَـٰٓئِكُمْ أَمْ لَكُم بَرَآءَةٌ فِى ٱلزُّبُرِ
ʹAkuffaarukum khayrum min ʹulaaaʹikum ʹam lakum̃ baraaaʹatuñ fiz Zubur?
(އޭ مكّة ގެ ކާފަރުންނޭވެ.) އިސްވެ ބަޔާންވެ އެދިޔަ امّة ތަކުގެ ކާފަރުންނަށް ވުރެ ކަލޭމެންގެ ކާފަރުން ވަކީން ހެވީ ހެއްޔެވެ؟ އެބަހީ ހެވެއް ނޫނެވެ. (ކަލޭމެން އެއަށްވުރެވެސް ނުބައި ބަޔަކު ކަމުގައި ވުމާއެކުވެސް عذاب ން ސަލާމަތް ވާނޭ ކަމުގެ أمّيد ތައް ކުރަނީ ކީއްވެގެން ހެއްޔެވެ؟) ނުވަތަ އިސްވެދިޔަ نبي ބޭކަލުންނަށް ބާވައިލެއްވި ފޮތްތަކުގައި ކަލޭމެންނަށް براءة އެއް ވަނީ ހެއްޔެވެ؟ އެބަހީ ކަލޭމެން ނުބައިކޮށް އުޅުނަސް ﷲ ގެ عذاب ން ސަލާމަތް ވާނޭ ކަމުގެ ލިޔުމެއް ނުވަތަ ގަރަންޓީއެއް ވަނީ ހެއްޔެވެ؟
-
54:44
أَمْ يَقُولُونَ نَحْنُ جَمِيعٌ مُّنتَصِرٌ
ʹAm yaq̣ooloona naḥnu jameeʻum muñtaṣir?
އަދި ނުވަތަ އަހުރެމެންނަކީ (މީހުން ގިނަވުމުގެ ގޮތުންނާއި، ބާރުގަދަވުމުގެ حيثيّة ން ބަލާއިރު) نصر ލިބޭނޭ جماعة އެއް ކަމުގައި އެމީހުން ބުނަނީ ހެއްޔެވެ؟
-
54:45
سَيُهْزَمُ ٱلْجَمْعُ وَيُوَلُّونَ ٱلدُّبُرَ
Sayuhzamul jamʻu wa-yuwalloonad dubur.
ނިކަންހުރެ އެ جماعة ބަލިވެގެން ހިނގައިދާނެއެވެ. އަދި ފުރަގަސްދީ ދުވެ ފިލައިފާނެއެވެ. (ބަދުރު ހަނގުރާމައިގެ ދުވަހު ކަންވީ ހަމަ އެހެންނެވެ. އެމީހުން ދެރަވެ، އެ جماعة ރޫޅި ހަލާކުވެދިޔައީއެވެ. އެއީ ދުނިޔޭގެ عذاب އާއި، ދެރަކަމެވެ.)
-
54:46
بَلِ ٱلسَّاعَةُ مَوْعِدُهُمْ وَٱلسَّاعَةُ أَدْهَىٰ وَأَمَرُّ
Balis Saaaʻatu mawʻiduhum was-Saaʻatu ʹadhaa wa-ʹamarr.
އަދި ކިޔެއް ހެއްޔެވެ؟ قيامة ދުވަހަކީ ކަނޑައެޅިގެން އެމީހުންނަށް عذاب އޮންނާނޭ ކަމަށް وعد ވެވިގެންވާ ދުވަހެވެ. އަދި قيامة ދުވަހުގެ عذاب ގަދަފަދަކަން ބޮޑުވެފައި ބިރުވެރިކަން ބޮޑެވެ. އަދި ހިތިކަމާއި، ނުބައިކަން ގަދަވެގެން ވެއެވެ. (އެއީ ނަރަކައިގެ ވަންނިވަންނީގެ عذاب އާއި، ﷲ ގެ ކޯފާއެވެ.)
-
54:47
إِنَّ ٱلْمُجْرِمِينَ فِى ضَلَـٰلٍ وَسُعُرٍ
ʹInnal mujrimeena fee ḍalaaliñw wasuʻur.
ހަމަކަށަވަރުން ކާފަރުން ވަނީ މަގުފުރެއްދުމެއްގައްޔާއި، އަދި حقّ އާ ދުރުވުމެއްގައެވެ. ނުވަތަ ކާފަރުން ވަނީ ދުނިޔޭގައި ކަނޑައެޅިގެން މަގުފުރެއްދުމެއްގައެވެ. އަދި އެމީހުންނަށް آخرة ދުވަހުން ވަނީ އަލިފާނުގެ عذاب އެވެ.
-
54:48
يَوْمَ يُسْحَبُونَ فِى ٱلنَّارِ عَلَىٰ وُجُوهِهِمْ ذُوقُوا۟ مَسَّ سَقَرَ
Yawma yus-ḥaboona fin Naari ʻalaa wujoohihim: ẓooq̣oo massa Saq̣ar!
އެ ދުވަހަކީ އެމީހުން ނަރަކައިގެ ތެރެއަށް މޫނުވަތަށް ދަމަމުން ގެނެވޭ ދުވަހެވެ. (އަދި އެދުވަހުން އެމީހުންނަށް އެންގޭނެއެވެ.) ކަލޭމެން އެ ނަރަކައިގެ ގަދަ ހޫނުކަމާއި، ކެތް ނުކުރެވޭ ގަދަ عذاب ގެ ރަހަ ލިބިގަންނާށެވެ.
-
54:49
إِنَّا كُلَّ شَىْءٍ خَلَقْنَـٰهُ بِقَدَرٍ
ʹInnaa Kulla shayʹin khalaq̣naahu biq̣adar.
އަދި ހަމަކަށަވަރުން ކޮންމެ އެއްޗެއް (އަދި ކޮންމެ ކަމެއްވެސް) ތިމަން ރަސްކަލާނގެ ހެއްދެވީ ކަނޑައެޅި މިންވަރުވެގެންވާ ގޮތެއްގެ މަތީންނެވެ. އެކަލާނގެ، އިސްވެދިޔަ علم ފުޅުގައި ނިޔާކުރެވި އަދި لوح المحفوظ ގައި ލިޔެވި ރަޖިސްޓަރީ ވެފައިވާ ގޮތުގެ މަތީންނެވެ.
-
54:50
وَمَآ أَمْرُنَآ إِلَّا وَٰحِدَةٌ كَلَمْحٍۭ بِٱلْبَصَرِ
Wa-maaa ʹAmrunaaa ʹillaa waaḥidatuñ kalamḥim bil-baṣar.
އަދި ތިމަން ރަސްކަލާނގެ ކަންތައް އެންމެ كلمة އެއް ކަމުގައި ނޫނީ ނުވެއެވެ. ލޮލުގެ އެސްފިޔަ ޖަހައިލާހާ އަވަހަށް އެކަމެއް ވެ ނިމިގެން ހިނގައިދެއެވެ. (އެބަހީ ކޮންމެ ކަމަކަށްވެސް [ވާށޭ] މިހެން އެންގެވީމާ ލޮލުގެ އެސްފިޔަ ޖަހައިލާހާ އަވަހަށް އެކަމެއް ވެ ނިމުނީއެވެ.)
-
54:51
وَلَقَدْ أَهْلَكْنَآ أَشْيَاعَكُمْ فَهَلْ مِن مُّدَّكِرٍ
Wa-laq̣ad ʹahlaknaaa ʹashyaaʻakum fahal mim muddakir?
(އޭ مكّة ގެ ކާފަރުންނޭވެ.) ހަމަކަށަވަރުން ކަލޭމެންފަދަ އެތައް ކާފަރުންނެއް ތިމަން ރަސްކަލާނގެ ހަލާކު ކުރައްވައި ނެތިކުރައްވައިފީމެވެ. (ކަލޭމެން ވަކީން އެމީހުންނަށްވުރެ ގަދައީ ހެއްޔެވެ؟) ފަހެ وعظ އާއި، نصيحة ލިބި عبرة އެއް حاصل ކުރާ އެކަކުވެސް ވޭ ބާވައެވެ؟
-
54:52
وَكُلُّ شَىْءٍ فَعَلُوهُ فِى ٱلزُّبُرِ
Wa-kullu shayʹiñ faʻaloohu fiz Zubur:
އަދި އެމީހުން ކުރި ހުރިހާ ކަމެއް (ހެވަސް، އަދި ނުބަޔަސް) لوح المحفوظ ގައި ލިޔެވި ނޯޓްކުރެވިގެން ވެއެވެ.
-
54:53
وَكُلُّ صَغِيرٍ وَكَبِيرٍ مُّسْتَطَرٌ
Wa-kullu ṣag̣eeriñw wakabeerim mustaṭar.
އަދި މީސްތަކުން ކުރާ ކިތަންމެ ކުޑަކަމެއް ނަމަވެސް އަދި ކިތަންމެ ބޮޑުކަމެއް ނަމަވެސް އެ އެއްޗެއް لوح المحفوظ ގައި ރަނގަޅަށް ލިޔެވި بيان ވެގެން ވެއެވެ.
-
54:54
إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍ وَنَهَرٍ
ʹInnal Muttaq̣eena fee Jannaatiñw Wanahar,
ހަމަކަށަވަރުން تقوى ވެރި މާތް މީހުން ވަނީ (قيامة ދުވަހުން) ބަގީޗާތަކުގައެވެ. ސުވަރުގެތަކުގައެވެ. އަދި ތަފާތުވެގެންވާ އާރުތަކުގެ نعمة ގައެވެ.
-
54:55
فِى مَقْعَدِ صِدْقٍ عِندَ مَلِيكٍ مُّقْتَدِرٍۭ
Fee Maq̣ʻadi Ṣidq̣in ʻiñda Maleekim Muq̣tadir.
އެމީހުން ވަނީ އެދިވޮޑިގަތް ކޮންމެ ކަމަކަށް ކުޅަދުންވަންތަ ކަލެއްގެ حضرة ގައި ތެދުވެރި އަދި حقّ ވެގެންވާ مقام އެއްގައެވެ. އެކަލާނގެ ދެއްވާ كرامة އާއި، شرف ވެރިކަމުގެ ދަރަޖައިގައެވެ. والله أعلم.
Surah Ar-RahmanBegins here at 55:1
-
55:1
ٱلرَّحْمَـٰنُ
ʹAR-RAḤ-MAAN.
رحمٰن ވަންތަ ރަސްކަލާނގެއެވެ. (الله އެއީ رحمٰن ވަންތަ ރަސްކަލާނގެއެވެ.)
-
55:2
عَلَّمَ ٱلْقُرْءَانَ
ʻAllamal Q̣urʹaan.
(محمّد ގެފާނަށް) قرآن އުނގަންނަވައިދެއްވީ ހަމައެކަނި رحمٰن ވަންތަ މާތް الله އެވެ. (ءادم ގެ ދަރިއަކުވެސް އަދި އެހެން މީހަކުވެސް އުނގަންނަވައިދެއްވި އެއްޗެއް ނޫނެވެ. އެއީ ހަމައެކަނި رحمٰن ވަންތަ މާތް الله އެކަލޭގެފާނަށް އުނގަންނަވައިދެއްވި ފޮތެކެވެ.)
-
55:3
خَلَقَ ٱلْإِنسَـٰنَ
Khalaq̣al ʹiñsaan.
إنسان އާ ހެއްދެވީވެސް ހަމަ އެކަލާނގެއެވެ. (الرحمٰن އެވެ.)
-
55:4
عَلَّمَهُ ٱلْبَيَانَ
ʻAllamahul bayaan.
(عَلَّمَهُ الْبَيَان) އަދި އެ އިންސާނާއަށް ބަސްމޮށުންތެރި ކަމާއި، ތަކެތި بيان ކޮށްދެއްވީވެސް، مخاطب ކުރާނޭ ގޮތް ދަސްކޮށްދެއްވީވެސް ހަމަ އެކަލާނގެއެވެ.
-
55:5
ٱلشَّمْسُ وَٱلْقَمَرُ بِحُسْبَانٍ
ʹAshshamsu walq̣amaru biḥusbaan;
އަދި އިރާއި، ހަނދު، ވަކި قواعد އެއްގެ މަތީން އޭގެ ބުރުޖުތަކާއި، منزل ތަކުގައި ހިނގައެވެ. އެއީވެސް رحمٰن ވަންތަ ރަސްކަލާނގެ ހެއްދެވުމެވެ. (އަދި އިރާއި ހަނދު ދައުރުވުމުގެ ސަބަބުން އަހަރުތަކާއި، މައްސަރުތައް، ދުވަސްތަކާއި، ވަގުތުތައް ސާފުކުރެއެވެ. އެކަމުގައިވެސް އެތައް ބައިވަރު ފައިދާއެކެވެ.)
-
55:6
وَٱلنَّجْمُ وَٱلشَّجَرُ يَسْجُدَانِ
Wannajmu washshajaru yasjudaan.
އަދި އަމިއްލަ ތަނޑުގަނޑަށް ނުތެދުވެވޭ ކުދި ގަސްގަހާއި، އަދި ތަނޑުގަނޑުމައްޗަށް ތެދުވެވޭ ބޮޑެތި ގަސްވެސް الله އަށް سجدة ކުރެއެވެ. އެކަލާނގެއަށް ކިޔަމަންތެރި ވެއެވެ. ނުއުރެދެއެވެ.
-
55:7
وَٱلسَّمَآءَ رَفَعَهَا وَوَضَعَ ٱلْمِيزَانَ
Was-Samaaaʹa rafaʻahaa wa-waḍaʻal Meezaan
އަދި އުޑު އުފުއްލެވީވެސް ހަމަ އެކަލާނގެއެވެ. އެއީހަމަ رحمٰن ވަންތަ ރަސްކަލާނގެއެވެ. އަދި އެކަލާނގެ ميزان ލެއްވިއެވެ. (عدل ވެރިކަން ބާވައިލެއްވިއެވެ.)
-
55:8
أَلَّا تَطْغَوْا۟ فِى ٱلْمِيزَانِ
ʹAllaa taṭg̣aw fil meezaan.
އެއީ ކަލޭމެން عدل ވެރިކަމުގެ ހައްދުފަހަނަޅައި ނުދިއުމަށް ޓަކައެވެ.
-
55:9
وَأَقِيمُوا۟ ٱلْوَزْنَ بِٱلْقِسْطِ وَلَا تُخْسِرُوا۟ ٱلْمِيزَانَ
Wa-ʹaq̣eemul wazna bilq̣isṭi wa-laa tukhsirul meezaan.
އަދި ކަލޭމެން ވަޒަންކުރާއިރު (މިނެކިރާއިރު / އަދި އެހެންވެސް ކަންކަމުގައި) عدل ވެރިކަން قائم ކުރާށެވެ. ސީދާ ކުރާށެވެ. އުނި ނުކުރާށެވެ. ކަލޭމެން ކިރުމުގައި ނުވަތަ މިނުމުގައި އުނިކޮށް، މަދުކޮށް ނަހަދާށެވެ. އަދި އެހެން ކަންކަމުގައިވެސް عدل ވެރި ވާށެވެ.
-
55:10
وَٱلْأَرْضَ وَضَعَهَا لِلْأَنَامِ
Wal-ʹarḍa waḍaʻahaa lilʹanaam:
އަދި އެންމެހައި މީސްތަކުންނަށް ޓަކައި - އެންމެހައި خلق ތަކުންނަށް ޓަކައި - ބިންގަނޑު ފަތުރުއްވައި، ތަނަވަސް ކޮށްދެއްވީވެސް ހަމަ އެކަލާނގެއެވެ. رحمٰن ވަންތަ ރަސްކަލާނގެއެވެ.
-
55:11
فِيهَا فَـٰكِهَةٌ وَٱلنَّخْلُ ذَاتُ ٱلْأَكْمَامِ
Feehaa faakihatuñw wan-nakhlu ẓaatul ʹakmaam;
އަދި އެ ބިމުގައި މޭވާތަކާއި، އަދި އެތް ނުކުންނަ ކަދުރު ރުކާއި،
-
55:12
وَٱلْحَبُّ ذُو ٱلْعَصْفِ وَٱلرَّيْحَانُ
Walḥabbu ẓul ʻaṣfi war-rayḥaan.
ކުރާގަނޑު ތަކުގެ ވެރި އޮއްޓަރާއި، މީރުވަސް ދުވާ މާމެލާމެއްޔާއި، މި ހުރިހާ ބާވަތެއްގެ ތަކެތި ލެއްވީވެސް ހަމަ رحمٰن ވަންތަ ރަސްކަލާނގެ އެވެ. މި ބަޔާންވެދިޔަ އެންމެހައި ތަކެއްޗާއި، އަދި އެހެނިހެން ތަކެއްޗަކީވެސް ހަމަ رحمٰن ވަންތަ الله އަދި ކަލޭމެން އެންމެހައި خلق ތަކުންގެ ربّ ގެ نعمة އެވެ.
-
55:13
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ބަލަ މިތިބަ ޖިންނީންނާއި، އިންސާނުންނާއި، ދެ جماعة ގެ މީހުންނޭވެ.) ކަލޭމެންގެ ربّ ގެ نعمة ތަކުގެ ތެރެއިން ކަލޭމެން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ ދޮގު ކުރެވޭނީ ކޮން އެއްޗެއް ހެއްޔެވެ؟
-
55:14
خَلَقَ ٱلْإِنسَـٰنَ مِن صَلْصَـٰلٍ كَٱلْفَخَّارِ
Khalaq̣al ʹiñsaana miñ ṣalṣaaliñ kalfakhkhaar,
رحمٰن ވަންތަ الله އިންސާނާ -) آدم ގެ ދަރީންގެ ބައްޕަ آدم ގެފާނު (- ހެއްދެވީ ޖަހައިލީމާ އަޑުއިވޭ ޒާތުގެ ހަރު ހިކި މަށީންނެވެ. އެއީ صلصٰال އެވެ. صلصٰال އަކީ ފިހެފައި ހުންނަ އީޓުފަދަ ފުފޭފަދަ އެބާވަތުގެ މުށިފަދަ ހަރު މައްޓެވެ.
-
55:15
وَخَلَقَ ٱلْجَآنَّ مِن مَّارِجٍ مِّن نَّارٍ
Wa-khalaq̣al Jaaanna mim maarijim min Naar:
އަދި ޖިންނި ހެއްދެވީ - އެބަހީ ޖިންނީންގެ ބައްޕަ ކަމުގައިވާ ފުރަތަމަ ޖިންނި (جانّ) ހެއްދެވީ އެއްވެސް ދުމެއް އެކުލެވިގެން ނުވާ އަލިފާނުގެ ސާފު ހުޅުގަނޑަކުންނެވެ. مارِج އަކީ لَهَب އެވެ. އެއީ ސާފު ހުޅުގަނޑެވެ. ޖިންނީން ހެއްދެވުނީ އެއިންނެވެ.
-
55:16
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ނުވަތަ ދޮގުކުރެވޭނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:17
رَبُّ ٱلْمَشْرِقَيْنِ وَرَبُّ ٱلْمَغْرِبَيْنِ
Rabbul Mashriq̣ayni wa-rabbul Mag̣ribayn:
އެއީ އެބަހީ رحمٰن ވަންތަ الله އީ ދެ مشرق ގެ ވެރި ربّ އެވެ. އަދި އެއީ ދެ مغرب ގެ ވެރި ربّ އެވެ. (އެދެ مشرق އާއި، ދެ مغرب އަކީ ފިނި موسم ގެ مشرق އާއި، مغرب އެވެ. އަދި ހޫނު موسم ގެ مشرق އާއި، مغرب އެވެ.)
-
55:18
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:19
مَرَجَ ٱلْبَحْرَيْنِ يَلْتَقِيَانِ
Marajal baḥrayni yaltaq̣iyaan:
އަދި އެކަލާނގެއީ އެބަހީ رحمٰن ވަންތަ الله އީ ދެ ކަނޑު ހެއްދެވި ކަލާނގެއެވެ. ދެ ކަނޑު ހައްދަވައި އޮއިދެމޭ ގޮތަށް ދޫކުރެއްވި ކަލާނގެއެވެ. (އެ ދެކަނޑަކީ ލޮނުފެނުގެ ކަނޑާއި، އަދި މީރު ފެނުގެ ކަނޑެވެ.) އަދި އެ ދެކަނޑު އެކީއެކީ ދެމެމުން ދެއެވެ.
-
55:20
بَيْنَهُمَا بَرْزَخٌ لَّا يَبْغِيَانِ
Baynahumaa Barzakhul laa yabg̣iyaan:
އެ ދެމެދުގައި (ލޯތަކަށް ނުފެންނަ) ހުރަހެއް الله ލައްވާފައި ވެއެވެ. އޭގެ ސަބަބުން އެ ދެކަނޑުގެ ފެންގަނޑު އެއްކަނޑުގެ ތެރެއަށް އަނެއް ކަނޑުގެ ފެންގަނޑު ވަދެ މައްސުނި ނުވެއެވެ. މިކްސް ނުވެއެވެ. މިހުރީ ﷲ ގެ قدرة ތެރި ކަމުގެ علامة އެވެ. ވިސްނައި، فكر ކުރާ މީހުންނަށް عبرة އެވެ. މިޒަމާނު ޓެކްނޮލޮޖީއާއި، އިލެކްޓްރޯނިކްވެސް ގައިމު ލަދުގަންނަން ޖެހޭނެއެވެ. އެހާބޮޑު ދެ ފެންގަނޑު އެހާ ބާރު އޮއިވަރާއި، ރާޅުގެ ތެރޭގައިވެސް އެއްކަނޑު އަނެއް ކަނޑަށް އެޅި މައްސުނިވެ މިކްސް ނުވާ ވަރުގެ ހުރަހެއް، އެކަމަކު އިންސާނުންނަށް އޭގެ إحساس ނުކުރެވޭ ވަރުގެ ހުރަހެއް ލައްވާފައި ހުރުމީ ގައިމު ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަން ފިޔަވައި އެހެން ކަމެއް ނޫނެވެ.
-
55:21
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:22
يَخْرُجُ مِنْهُمَا ٱللُّؤْلُؤُ وَٱلْمَرْجَانُ
Yakhruju minhumal Luʹluʹu wal-Marjaan:
އަދި އެ ދެކަނޑުން لُؤْلُؤْ އާއި، مرجان ނުކުމެއެވެ. لُؤْلُؤْ އަކީ دُرّ އެވެ. އެއީ ރަންމުތެވެ. އެއީ އިތާއިން ލިބޭ އެއްޗެކެވެ. مرجان އަކީ ރަތް މުރަކަ ނުވަތަ އެބާވަތުގެ އަގުމޮޅު ޖަވާހިރެކެވެ. (މިހުރީ ﷲ ގެ نعمة އެވެ. نعمة ގެ ތަފާތު ވައްތަރެވެ.)
-
55:23
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:24
وَلَهُ ٱلْجَوَارِ ٱلْمُنشَـَٔاتُ فِى ٱلْبَحْرِ كَٱلْأَعْلَـٰمِ
Wa-lahul Jawaaril muñ-shaʹaaatu fil baḥri kal-ʹaʻlaam:
އަދި ކަނޑުމަތީގައި އުފުލިގެންވާ ދިދަތަކެއް ފަދައިން ނުވަތަ އުފުލިގެންވާ ފަރުބަދަތަކެއް ފަދައިން އެވާ އުޅަނދުތައް ވެސް خاصّ ވެގެން ވަނީ ހަމަ رحمٰن ވަންތަ ކަލާނގެއަށެވެ. الجَوَار އަކީ މޫދުގައިވާ އުޅަނދުފަހަރެވެ. مُنْشَئات އަކީ އުފުލިފައިވާ ކޮންމެ އެއްޗެކެވެ. خلق ތަކުންގެ ބޭނުންތަކަށް ޓަކައި އެތަކެތި އެއްތަނުން އަނެއް ތަނަށް ދެވޭނޭގޮތް މެދުވެރި ކޮށްދެއްވީވެސް ހަމަ رحمٰن ވަންތަ ކަލާނގެއެވެ.
-
55:25
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:26
كُلُّ مَنْ عَلَيْهَا فَانٍ
Kullu man ʻalayhaa faan:
ބިންމަތީގައިވާ އެންމެހައި ތަކެތި މަރުވެ، ފަނާވެގެން ދާނެއެވެ. އިންސާނުންނާއި، حيوان ންނާއި، ދެންވެސް ވާހައި ތަކެތި މަރުވެ ފަނާވެ ދާނެއެވެ. އެއީ قيامة ވުމުގެ ކުރީންނެވެ. قيامة ވުމުގެ ފެށުމެއްގެ ގޮތުންނެވެ.
-
55:27
وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَـٰلِ وَٱلْإِكْرَامِ
Wa-yabq̣aa Wajhu Rabbika Ẓul Jalaali wal-ʹIkraam.
އަދި ހަމައެކަނި ފަނާނުވެ މަރުނުވެ ހުންނާނީ ކަލޭގެފާނުންގެ ربّ ގެ މާތްކަމާއި، ކީރިތިކަމުގެ ވެރި وجه ފުޅެވެ. އެކަލާނގެ ذات ފުޅެވެ. އެކަލާނގެއީ ފެށުމުގެ ކޮޅެއް ނެތް، ނިމުމުގެވެސް ކޮޅެއް ނެތް އަބަދަށް ދިރިދެމިވޮޑިގެންވާ ހުސް طاهر ވަންތަ މާތް الله އެވެ.
-
55:28
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:29
يَسْـَٔلُهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ كُلَّ يَوْمٍ هُوَ فِى شَأْنٍ
Yasʹaluhoo mañ fis samaawaati walarḍ: kulla Yawmin Huwa fee shaʹn!
އަދި އުޑުތަކާއި، ބިމުގައިވާ އެންމެން އެކިއެކި ބޭނުމުގައި އެކަލާނގެއަށް ދަންނަވައި، دعاء ކޮށްހަދައެވެ. އެއީ އެބައިމީހުންގެ حال ގެ ދުލުންނާއި، ބަހުންނެވެ. އުޑުތަކުގައިވާ ބޭކަލުން ދަންނަވަނީ ފާފަ ފުއްސެވުމަށް އެދިގެންނެވެ. ބިމުގައިވާ މީސްތަކުން ދަންނަވަނި ފާފަ ފުއްސެވުމަށާއި، ރިޒުގުދެއްވުމަށާއި، ދެންވެސް އެބައިމީހުންނަށްވާ ބޭނުންތައް ފުއްދުމަށެވެ. އަދި ކޮންމެ ހިނދުކޮޅެއްގައިވެސް އެކަލާނގެ ވަނީ ކަންތައްތައް ހިންގެވުމުގައެވެ. އަޅުތަކުންގެ ތަފާތު ބޭނުންތައް ފުއްދަވައިދެވުމުގައެވެ. އެކަލާނގެ އެދިވޮޑިގެންނެވި ފަދައަކުން - މަރުއްވާ، ދިރުއްވާ - ރިޒުގުދެއްވައި - އަދި فقير ކުރައްވައި - عزّة ތެރި ކުރައްވައި - ނިކަމެތި ކުރައްވައި - ބަލިޖައްސަވައި - ބަލި ފަސޭހަ ކުރައްވައި - ދެއްވުންތައް ދެއްވައި - منع ކުރައްވައި - އަދި ފާފަ ފުއްސަވައި - عذاب ދެއްވައި އަދި މިނޫންވެސް ހިމަނައިނުގަނެވޭހައި ކަންތައްތައް އަބަދާ އަބަދު އެކަލާނގެ ހިންގަވައެވެ.
-
55:30
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން
-
55:31
سَنَفْرُغُ لَكُمْ أَيُّهَ ٱلثَّقَلَانِ
Sanafrug̣u lakum ʹayyuhas̤ s̤aq̣alaan!
އޭ ޖިންނީންނާއި، އިންސީންނޭވެ. ތިޔަ ދެބައިމީހުންނަށް ޓަކައި ހިސާބު ބައްލަވައި، އަދި جزاء ދެއްވުމަށް ނިކަންހުރެ ތިމަން ރަސްކަލާނގެ ވަކި ވަގުތެއް އިރާދަކުރައްވާ ހުށީމެވެ. (ފަހެ މިއީ ޖިންނީންނާއި، އިންސާނުންގެ ނިސްބަތުގައި ބިރުހުރި وعيد އެކެވެ. ތިމާމެން ކޮށްފައިވާ އެންމެހައި عمل ތަކަށް ފުރިހަމަ ބަދަލު ދެއްވާނޭ ކަމުގެ ތެދުވެރި ބަސްފުޅެވެ. ހެޔޮ عمل އަށް ހެޔޮ ޖަޒާއެވެ. ނުބައި عمل އަށް ނުބައި ޖަޒާއެވެ.)
-
55:32
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:33
يَـٰمَعْشَرَ ٱلْجِنِّ وَٱلْإِنسِ إِنِ ٱسْتَطَعْتُمْ أَن تَنفُذُوا۟ مِنْ أَقْطَارِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ فَٱنفُذُوا۟ ۚ لَا تَنفُذُونَ إِلَّا بِسُلْطَـٰنٍ
Yaa-Maʻsharal jinni wal-ʹiñsi ʹinis tataʻtum ʹañ tañfuẓoo min ʹaq̣ṭaaris samaawaati wal-ʹarḍi fañfuẓoo! laa- tañfuẓoona ʹillaa bisulṭaan!
އޭ ޖިންނީންނާއި، އިންސާނުންނާއި ދެ جماعة ގެ މީހުންނޭވެ. ﷲ ގެ ނިޔާފުޅާއި قضاء قدر ން ފިލައި ރައްކާވެވޭތޯ ކަލޭމެންނަށް ކުޅަދާނަވެގެން ވަންޏާ އުޑާއި ބިމުގެ އެކިއެކި ފަރާތްތަކުން އެތަންތަން ފޫދުއްވާލައިފައި ނިކަން ގޮސްބަލާށެވެ. ވަރަށް ވަރުގަދަ ބާރެއް އޮވެގެން މެނުވީ ކަލޭމެންނަކަށް އެހެން ނުދެވޭނެއެވެ. (އެފަދަ ބާރެއް ކަލޭމެންނަކަށް ނުވެއެވެ.)
-
55:34
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:35
يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ
Yursalu ʻalaykumaa shuwaaz̤̣um min naariñwwa nuḥaasuñ falaa tañtaṣiraan;
އަދި قيامة ދުވަހުން ނަރަކައިގައި ތިޔަ ދެބައިމީހުންކުރެ ނަރަކަ حقّ ވީ ބައެއްގެ މައްޗަށް އަލިފާނުގެ ސާފު ހުޅުގަނޑާއި، ވިރިފައި ހުރި ހޫނުކަން ގަދަ ލޮޔާއި، ނުވަތަ ނަރަކައިގެ ދުންގަނޑު ތިޔަ ދެބައިމީހުންގެ މައްޗަށް، ފޮނުވައިލެވޭނެއެވެ. އެއީ ﷲ ގެ عذاب އެވެ. ދެންފަހެ ތިޔަ ދެބައިމީހުންކުރެ އެއް ބަޔަކަށްވެސް އެކަން دفاع ނުކުރެވޭ ހުއްޓެވެ. نصر އެއް، އެހީއެއް ނުލިބޭ ހުއްޓެވެ.
-
55:36
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:37
فَإِذَا ٱنشَقَّتِ ٱلسَّمَآءُ فَكَانَتْ وَرْدَةً كَٱلدِّهَانِ
Faʹiẓañ shaq̣q̣atis samaaaʹu fakaanat wardatañ kaddihaan:
އަދި ملائكة ބޭކަލުން ފައިބާވަޑައިގަތުމަށް ޓަކައި އުޑު ފަޅަފަޅައިގެންގޮސް ދޮރުތަކަކަށްވެ ދެން އެ އުޑު ނަރަކައިގެ ހޫނުކަމުން ހޫނުވެގެންގޮސް ރަތްކުލައިގެ ހަންގަނޑެއް ފަދައިން ވާނެއެވެ. ނުވަތަ ރަތް ފިނފެންމަލުގެ ކުލަޔަކަށް ވާނެއެވެ.
-
55:38
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:39
فَيَوْمَئِذٍ لَّا يُسْـَٔلُ عَن ذَنۢبِهِۦٓ إِنسٌ وَلَا جَآنٌّ
Fayawmaʹiẓil laa yusʹalu ʻañ ẓambiheee ʹiñsuñw Walaa jaaann,―
ފަހެ އެދުވަހުން - އެބަހީ ކަށްވަޅުތަކުން ނުކުންނަ ދުވަހު - އިންސާނެއްގެ ކިބައިންވެސް އަދި ޖިންނިއެއްގެ ކިބައިން ވެސް އެއްވެސް ސުއާލެއް ނުވެވޭނެއެވެ. (އެއީ ސުއާލުގެ محلّ އެއް ނޫނެވެ. ސުއާލު ވެވޭނީ قيامة ގެ އެހެން موقف އެއްގައެވެ. ކަށްވަޅުތަކުން ނުކުންނައިރުވެސް مجرم ންގެ ކިބައިން އެކަމުގެ علامة ފާޅުވާނެއެވެ. އިތުރު ސުއާލެއް ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ރުހިވޮޑި ނުގަތުމާއި، ކޯފާގެ ސުއާލު ވެވޭނެއެވެ.
-
55:40
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:41
يُعْرَفُ ٱلْمُجْرِمُونَ بِسِيمَـٰهُمْ فَيُؤْخَذُ بِٱلنَّوَٰصِى وَٱلْأَقْدَامِ
Yuʻraful mujrimoona biseemaahum fayuʹkhaẓu binnawaaṣee wal-ʹaq̣daam.
(ކަށްވަޅުތަކުން ނުކުންނަ ހިނދު) مجرم ން (ކުށްވެރީން) އެބައިމީހުންގެ علامة ތަކާއި، نشان ތަކުން އެމީހުން ވަކިން އެނގެވޭނެއެވެ. އެއީ އެމީހުންގެ މޫނު ކަޅުކަމާއި، ލޮލުގެ ކުލަ ނޫވެފައި ހުރުމުންނެވެ. ދެންފަހެ (ނަރަކައިގެ زبانيّ ملائكة ބޭކަލުން) އެމީހުންގެ ނިތްގަނޑުގައްޔާއި، ފައިތަކުގައި ހިއްޕަވާނެއެވެ. ދެން ނަރަކައަށް އެއްލާނެއެވެ.\nދަންނައެވެ. ملائكة ބޭކަލުން ބައެއް ފަހަރު އެމީހުންގެ ބޮލުގެ ނިތްކުރިޔާ ދިމާގެ އިސްތަށިގަނޑުގައި ހިއްޕަވައި، މޫނުވަތަށް ދަމަމުން ގެންދަވާނޭ ކަމަށާއި، އަދި ބައެއް ފަހަރު އެމީހުންގެ ފައިގައި ހިއްޕަވައި، ބޯ ބިމުގައި ކޭތޭގޮތަށް ގެންނަވައި ނަރަކައަށް އުއްކަވާ ކަމަށާއި، އަދި ބައެއް ފަހަރު އެމީހުންގެ ބުރިކަށި ފަރާތުން ގެނެވޭ ހިލިހިލާގަނޑަކުން ނިތްކުރީގެ އިސްތަށިގަނޑާއި، ދެޔާ އެއްކޮށް ބަނދެފައި ނަރަކައަށް އުއްކަވާ ކަމާއި، މި ހުރިހައި ގޮތްގޮތަކަށް ރިވާވެގެން ވެއެވެ. والعِياذً بِااللهِ. ﷲمّ أجِرْنا مِن النّارِ وَ عَذابِهِ
-
55:42
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:43
هَـٰذِهِۦ جَهَنَّمُ ٱلَّتِى يُكَذِّبُ بِهَا ٱلْمُجْرِمُونَ
Haaẓihee Jahannamul latee yukaẓẓibu bihal mujrimoon;
(އަދި އެދުވަހުން އެމީހުން يعني مجرم ންގެ މީހުން ނަރަކައަށް ލެވޭހިނދު އެމީހުންނަށް މިފަދައިން އިއްވޭނެއެވެ.) “މިއީ مجرم ން، (ނުބައި ނުލަފާ މީހުން ދުނިޔޭގައި ތިބެގެން) އެ ނަރަކަ ދޮގުކުރި ނަރަކައެވެ. (އެ ނަރަކަޔާއި، އެތާނގެ عذاب އެވެ. (“
-
55:44
يَطُوفُونَ بَيْنَهَا وَبَيْنَ حَمِيمٍ ءَانٍ
Yaṭoofoona baynahaa wa-bayna ḥameemin ʹaan!
ފަހެ އެބައިމީހުން އެ ނަރަކައިގެ ގަދަވެގެންވާ އަލިފާނުގައި ފިހެވި، އަދި އެ ފެނުގެ ހޫނުކަން އެންމެ ނިހާޔަތަށް ގޮސްފައިވާ، ކެކިކެކި ހުރި ހޫނު ފެން އެމީހުންގެ މޫނަށާއި، ގަޔަށް އެޅެވޭ حال އެ ނަރަކައިގައި އެމީހުން ތިބޭނެއެވެ. ހޫނުކަން ގަދަވެގެންވާ އަލިފާނުގެ عذاب އާއި، ހޫނުކަން ގަދަވެގެންވާ ފެނުގެ عذاب ގައި އެނބުރިއެނބުރި އެމީހުން ތިބޭނެއެވެ. މަރުވުމެއްވެސް ނުވެއެވެ. (ﷲمّ أجِرْنا مِن النّارِ)
-
55:45
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:46
وَلِمَنْ خَافَ مَقَامَ رَبِّهِۦ جَنَّتَانِ
Wa-liman khaafa maq̣aama Rabbihee Jannataan,―
އަދި ތިމާ ހައްދަވައި ބޮޑުކުރެއްވި ربّ ގެ حضرة ގައި قيامة ދުވަހުން ހުންނަންޖެހޭ مقام އާމެދު ބިރުވެތިވެއްޖެ މީހަކަށް قيامة ދުވަހުން ދެ ބަގީޗާ ވެއެވެ. ނުވަތަ ތިމާ ދުނިޔޭގައި އުޅޭއިރު الله تعالى ތިމާގެ عمل ތަކާމެދު އަބަދާ އަބަދު ބައްލަވާވޮޑިގެންވާ ކަމާމެދު ބިރުވެތިވެ، ނުބައި ކަންތައް ދޫކޮށް، ހެޔޮ عمل ކުރި މީހަކަށް قيامة ދުވަހުން الله تعالى ދެ ސުވަރުގެ ދެއްވާ ހުއްޓެވެ. އެއީ والنّازعات ސޫރަތުގައިވާ (وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ ٤٠ فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ ٤١) މި އާޔަތުންވެސް دليل ކުރާ ގޮތެވެ. މިއާޔަތުގެ މާނައީ: އަދި ތިމާ ހައްދަވައި ބޮޑުކުރެއްވި ربّ ގެ مقام އާމެދު ބިރުވެތިވެ އަދި ތިމާގެ هوى نفس ގެ އެދުންތައް نهى ކޮށް ދުރުކޮށްފި މީހާ ދަންނައެވެ. ފަހެ އެމީހަކަށް ހުރި ތަނަކީ مَأْوٰى އެވެ. ކިޔުނު ސުވަރުގެއެވެ. ބަގީޗާއެވެ. މިއެވެ
-
55:47
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަ ދެބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:48
ذَوَاتَآ أَفْنَانٍ
Ẓawaataaa ʹafnaan:―
އެ ދެބަގީޗާގެ ގަސްތަކުގެ ގޮފިތައް ދެމިގެންވާ، އަދި ފަތާއި، މޭވާތައް ގިނަވެ ހިޔާގަނޑު ބޮޑުވެގެން ވެއެވެ.
-
55:49
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަ ދެބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:50
فِيهِمَا عَيْنَانِ تَجْرِيَانِ
Feehimaa ʻaynaani tajriyaan:―
އެ ދެބަގީޗާގައި ހިނގަހިނގާ އޮންނަ ދެ އާރު ވެއެވެ. (އެއީ އެ ދެބަގީޗާގެ ގަސްތަކަށް ފެން ދެއްވުމަށް ޓަކައެވެ. އޭގެ ސަބަބުން ގަސްތައް ފައްކާވެ، މޭވާތައް ގިނަގުނަ ވުމަށެވެ.)
-
55:51
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަ ދެބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:52
فِيهِمَا مِن كُلِّ فَـٰكِهَةٍ زَوْجَانِ
Feehimaa miñ kulli faakihatiñ zawjaan.
އެ ދެބަގީޗާއިންކުރެ ކޮންމެ ބަގީޗާއެއްގައިވެސް މޭވާގެ ކޮންމެ ބާވަތަކުންވެސް ޖޯޑެއް ވެއެވެ. އެބަހީ ދެވައްތަރެއް ވެއެވެ. (ބައެއް ބޭކަލުން ވިދާޅުވެފައި ވަނީ އެއީ މޭވާގެ އެންމެ ތާޒާ ވައްތަރާއި، ކުޑަކޮށް ހިކި މޭވާއޭ ކިޔާ ބާވަތުގެ ތާޒާ ވައްތަރެވެ. އެ މޭވާތަކުގެ ތާސީރާއި، خاصّيّة ވެސް ދެނެވޮޑިގެންވަނީ ހަމަ الله އެވެ.)
-
55:53
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަ ދެބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:54
مُتَّكِـِٔينَ عَلَىٰ فُرُشٍۭ بَطَآئِنُهَا مِنْ إِسْتَبْرَقٍ ۚ وَجَنَى ٱلْجَنَّتَيْنِ دَانٍ
Muttakiʹeena ʻalaa furushim baṭaaaʹinuhaa min ʹistabraq̣: wa-janal jannatayni daan.
އެ ދެ ސުވަރުގޭގެ أهل ވެރީން އެތާ ދެމިތިބޭނީ ފެތުރިގެންވާ ތަންމަތި ތަކެއްގައެވެ. އެ ތަންމަތި ތަކުގެ އަޑީގައި އޮންނަ ބައިވެސް ވަނީ ހަމަ ސީދާ إستبرق ކިޔާ ވައްތަރު މޮޅު ފަށުވިފޮތީގެ ބޯ ވައްތަރަކުންނެވެ. ދެންފަހެ އެތެރެބައި އެފަދަ ފޭރާމުން ހުންނައިރު އިށީނދެ-އޮށޯވެވޭ ތާނގައި ހުންނާނޭ މޮޅު ރީތި ފޮތީގެ ރީތިކަމާއި، މޮޅުކަމާއި، އޮމާންކަން އަދި ކިހާވަރެއް ވާނޭ ހެއްޔެވެ؟ އެމީހުން އެތަންތާ ތިބޭނީ މަޖާކޮށް، ލެނގިލައިގެން عزّة ގައެވެ. އަދި އެ ދެ ސުވަރުގޭގެ މޭވާތައް ވަނީ ގާތްވެގެންނެވެ. ބޭނުން މީހަކު ބޭނުންވެ، ހިތަށްއެރި ކޮންމެ ވަގުތެއްގައި އުނދަގުލެއް ނެތި އަތްލެވޭ ފަށުގައެވެ.
-
55:55
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:56
فِيهِنَّ قَـٰصِرَٰتُ ٱلطَّرْفِ لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَآنٌّ
Feehinna q̣aaṣiraatuṭ ṭarfi lam yaṭmis̤hunna ʹiñsuñ q̣ablahum wa-laa jaaann;―
އަދި ހަމައެކަނި ތިމާމެންގެ ފިރީންނަށް މެނުވީ ނުބަލާ، އަދި ތިމާމެންގެ ފިރީންނާ ދިމާއަށް نظر ހުއްޓައިލައްވައިގެން ތިއްބަވާ حورالعين އަނބީން އެ ދެ ސުވަރުގޭގައި ނުވަތަ އެ ތަންމަތި ތަކުގައި (ފިރީންގެ إنتظار ގައި) ތިއްބަވާނެއެވެ. އެއިން ބޭކަނބަލެއްގެ ގައިގައި އޭގެ ކުރީން އިންސާނެއް، ކީއްކުރަންތޯއެވެ؟ ޖިންނިއަކުވެސް ބީހިލައިފައި ނުވާނެއެވެ. ނުވަތަ އެކަނބަލުންނާ جماع ވެފައި ނުވާނެއެވެ.
-
55:57
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:58
كَأَنَّهُنَّ ٱلْيَاقُوتُ وَٱلْمَرْجَانُ
Kaʹannahunnal yaaq̣ootu wal-marjaan.
އެކަނބަލުން (ރީތިކަމާއި ބަނިޔާދަންކަމުގެ ގޮތުން) ކޮންފަދަ ހެއްޔެވެ؟ އެކަނބަލުން ހީވާނީ ياقوت އާއި، مرجان ހެންނެވެ.
-
55:59
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:60
هَلْ جَزَآءُ ٱلْإِحْسَـٰنِ إِلَّا ٱلْإِحْسَـٰنُ
Hal Jazaaaʹul ʹIḥsaani ʹillal ʹIḥsaan?
ދުނިޔޭގައި ތިބެގެން ކުރި ހެޔޮ عمل ގެ ޖަޒާ (އޭގެ ބަދަލު) آخرة ދުވަހުން ހެޔޮޖަޒާ ކަމުގައި މެނުވީ އެބަ ވޭހެއްޔެވެ؟ އެބަހީ ދުނިޔޭގައި ތިބެގެން ކުރި ހެޔޮ عمل ގެ ދަރުމަޔާއި، ثواب ހެޔޮކަމުގައި މެނުވީ ނުވެއެވެ.
-
55:61
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ.
-
55:62
وَمِن دُونِهِمَا جَنَّتَانِ
Wa-miñ doonihimaa Jannataan,―
އަދި އެދެސުވަރުގެފިޔަވައި އެބަހީ ކުރިންސިފަވެގެން އެދިޔަ ދެސުވަރުގެފިޔަވައި އަދި އެހެންސުވަރުގެއެއްވެއެވެ.\nކުރިންބަޔާންވެގެން އެދިޔައީ جَنَّةُ عَدْنُ އެވެކިޔާ ސުވަރުގެޔާއި جَنَّةُ النَّعِيْم އެކިޔާސުވަރުގެޔާއި ދެސުވަރުގެއެވެ. އަދި ދެންމިސިފަކުރެވޭ ދެސުވަރުގެއަކީ جَنَّةُ الفِرْدَوس އާއި جَنَّةُ المَأوَى އާއި ދެސުވަރުގެކަމުގައި ބުނެވިގެންވެއެވެ. = فَتْحُ القَدِيْر =
-
55:63
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:64
مُدْهَآمَّتَانِ
Mudhaaammataan.
އެދެސުވަރުގޭގެ ގަސްތައް ތާޒާކަމާއި ފެހިކުލަ ގަދަކަމުން ކަޅުވެގެންވާކަމުގައި ފެނެއެވެ.
-
55:65
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:66
فِيهِمَا عَيْنَانِ نَضَّاخَتَانِ
Feehimaa ʻaynaani naḍ-ḍaakhataan:
އަދި އެދެބަގީޗާގައި (ފެންއަރުވާ ވަޑާންގޮތަށް) ފެންބުރުއްސާ ދެއާރުވެއެވެ. އެއީ ގޮމަކަސްތޫރިޔާއި މާވަހަރާއި ކާފޫރުގެވަސް އެކުލެވިގެންވާ ފެނެއްކަމުގައި ވެއެވެ. ސުވަރުގޭގެ އަހުލުވެރިންގެ ގަޔަށް އެމީހުން ހިތްފަސޭހަވާވަރަށް އޭގެފެން ވިއްސިވިއްސި ހުންންނަކަމުގައިވެއެވެ.
-
55:67
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:68
فِيهِمَا فَـٰكِهَةٌ وَنَخْلٌ وَرُمَّانٌ
Feehimaa faakihatuñw wanakhluñw warummaan:
އަދި އެދެސުވަރުގޭގައި އެކިބާވަތުގެ މޭވާއާއި ކަދުރު ރުކާއި އަންނާރުވެއެވެ. (ކަދުރާއި އަންނާރަކީ މޭވާގެދެބާވަތްކަމުގައި އެކުވެސް އެދެއެތީގެ ނަން އިތުރަށް ގެނެވިފައިވަނީ އެދެއެތީގެ ފައިދާ އެނިހެން މޭވާތަކަށްވުރެ މާގިނަވެފާ މޮޅުކަމުގައި ވާތީ ކަމުގައި ބުނެވިގެންވެއެވެ. (والله أعلم)
-
55:69
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:70
فِيهِنَّ خَيْرَٰتٌ حِسَانٌ
Feehinna khayraatun ḥisaan;
އަދި އެސުވަރުގެތަކުގައި ރިވެތިވެގެންވާ އަދި أخْلآقُ ރަނގަޅު މާތް އަންހެނުންވެއެވެ.
-
55:71
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:72
حُورٌ مَّقْصُورَٰتٌ فِى ٱلْخِيَامِ
Ḥoorum maq̣ṣooraatuñ fil khiyaam;―
އެއީ ފޭލިގެތަކުގައި ބެއިތިއްބިފައިވާ ރިވެތި އަދި މާތްވެގެންވާ حُورَ العِيْنُ ބޭކަނބަލުންނެވެ. އެކަނބަލުންނަށް خَاصَّ ވެގެންވާ ފިރިންނަށް ނޫނީ އެކަނބަލުން ބައްލަވައިވެސް ނުލައްވާނެއެވެ.
-
55:73
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:74
لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَآنٌّ
Lam yaṭmis̤hunna ʹiñsuñ q̣ablahum wa-laa jaaan;
އެކަނބަލުންގެ ގައިކޮޅުގައި އޭގެކުރިން އިންސާނަކު ކީއްކުރަންތޯއެވެ؟ ޖިންނިއަކުވެސް ބީހިލައިފާވެސްނުވެއެވެ.
-
55:75
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:76
مُتَّكِـِٔينَ عَلَىٰ رَفْرَفٍ خُضْرٍ وَعَبْقَرِىٍّ حِسَانٍ
Muttakiʹeena ʻalaa rafrafin khuḍriñw waʻabq̣ariyyin ḥisaan.
އެސުވަރުގެވަންތަވެރިން އެބައިމީހުންގެ حُورَ العِيْنُ އަނބީންނާއިއެކު އަރާމުގައި ތިއްބަވާނީ ފެހިކުލައިގެ އޮމާން ފަށުވި ބާލީސްތަކުގައި ލެގިލައިގެން މަޚްމަލުގެ ރީތި ދޫލަތަކުގެމަތީގައެވެ.
-
55:77
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Fabiʹayyi ʹaalaaaʹi Rabbikumaa tukaẓẓibaan?
(އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟
-
55:78
تَبَـٰرَكَ ٱسْمُ رَبِّكَ ذِى ٱلْجَلَـٰلِ وَٱلْإِكْرَامِ
Tabaarak asmu Rabbika Ẓil Jalaali wal-ʹIkraam.
(އޭ مُحمد ގެފާނެވެ.) ކަލޭގެފާނުން ހައްދަވާބޮޑުކުރެއްވި رَبُّ ގެނަންފުޅު ބަރަކާތްވަންތަކަމާއެވެ!! އެކަލާނގެއީ ކީރިތިކަމާއި މާތްކަމުގެވެރި ކަލާނގެއެވެ.\nދަންނައެވެ. رَبُّ ގެނަންފުޅު އެހާ ބަރަކާތްވަންތަވެ އަދި ހެޔޮކަން ދެމިގެންވާއިރު އެކަލާނގެ ذَاتُ ފުޅުގެ ބަރަކާތްވަންތަކަމާއި ކީރިތިވަންތަކަމާއި އަދި މާތްކަން ކިހާވަރެއްވާނެހެއްޔެވެ؟
Surah Al-Waqi'ahBegins here at 56:1
-
56:1
إِذَا وَقَعَتِ ٱلْوَاقِعَةُ
ʹIẓaa wa-q̣aʻatil WAAQ̣IʻAH,
قِيَامَة ޤާއިމު ވެއްޖެއްޔާ.
-
56:2
لَيْسَ لِوَقْعَتِهَا كَاذِبَةٌ
Laysa liwaq̣ʻatihaa kaaẓibah.
(ދެންއޭރުން) އެ قِيَامَة ޤާއިމުވުން ދޮގުކުރާނެ އެއްވެސް ނަފުސެއް ނުވެއެވެ.
-
56:3
خَافِضَةٌ رَّافِعَةٌ
Khaafiḍatur Raafiʻah;
އެދުވަހުން އެއްބަޔަކު ދެރަވެ ނިމެތިވެގެންވެއެވެ. އަދި އަނެއްބަޔަކު މޮޅުވެ މަތިވެރިވެގެންވެއެވެ. މާތްالله އެދުވަހުން (ނުބައި ނުލަފާމީހުން (ނަރަކަވަންތަވެރިން) ދެރަކުރައްވައި ނިމެތި ކުރައްވާހުއްޓެވެ. އަދި ހެޔޮލަފާ މާތްމީހުން މާތް މާތް الله އެދުވަހުން މާތްކުރައްވައި މަތިވެރިކުރައްވާހުއްޓެވެ.
-
56:4
إِذَا رُجَّتِ ٱلْأَرْضُ رَجًّا
ʹIẓaa rujjatil ʹarḍu rajjaa,
އެދުވަސް އައުމަށްޓަކައި ބިންގަނޑު ގަދަތެޅިގަތުމަކުން ތެޅިގަންނަ ހުއްޓެވެ.
-
56:5
وَبُسَّتِ ٱلْجِبَالُ بَسًّا
Wa-bussatil jibaalu bassaa,
އަދި ފަރުބަދަތައް ކުދިކުދިވެ ބުރަބުރައިގެން ހިގައިދާހުއްޓެވެ.
-
56:6
فَكَانَتْ هَبَآءً مُّنۢبَثًّا
Fakaanat habaaaʹam mumbas̤s̤aa,
އަދިއެފަރުބަދަތަކުގެހިލަތައް ބުރައިގެންދާ ހިރަފުސްތަކަކަށް ވެދާނެއެވެ.
-
56:7
وَكُنتُمْ أَزْوَٰجًا ثَلَـٰثَةً
Wa-kuñtum ʹazwaajañ s̤alaas̤ah.
އަދި އެދުވަހުން ކަލޭމެންތިބޭނީ ތިންބާވަތަކަށެވެ.
-
56:8
فَأَصْحَـٰبُ ٱلْمَيْمَنَةِ مَآ أَصْحَـٰبُ ٱلْمَيْمَنَةِ
FaʹAṣḥaabul Maymanah; Maaa ʹAṣḥaabul Maymanah?
(ފުރަތަމަ ބަޔަކީ) ކަނައަތްފަރާތުގެ އެކުވެރިންނެވެ. އެއީ އެބައިމީހުންގެ ޢަމަލުގެފަތް ކަނައަތަށްލިބޭމީހުންނެވެ. ފަހެ ކަނައަތަށް ފަތްލިބޭމީހުންނަކީ ކޮންފަދަ މާތްބައެއްހެއްޔެވެ؟
-
56:9
وَأَصْحَـٰبُ ٱلْمَشْـَٔمَةِ مَآ أَصْحَـٰبُ ٱلْمَشْـَٔمَةِ
Wa-ʹAṣḥaabul mashʹamah,― Maaa ʹAṣḥaabul Mashʹamah?
(ދެވަނަބަޔަކީ) ވައަތްފަރާތުގެ އެކުވެރިންނެވެ. އެއީ އެބައިމީހުންގެ ޢަމަލުގެފަތް ވައަތަށް ލިބޭމީހުންނެވެ. އަދި ފުރަގަހުން ފަތްލިބޭމީހުންވެސްވަނީ މިބައިގެތެރޭގައެވެ. އަދި ވައަތްފަރާތުގެ އެކުވެރިންނަކީ ކޮންފަދަ ނުބައި ބަދުނަސީބު ބައެއްހެއްޔެވެ؟
-
56:10
وَٱلسَّـٰبِقُونَ ٱلسَّـٰبِقُونَ
Was-Saabiq̣oonas Saabiq̣oon.
(ތިންވަނަބަޔަކީ) ހެޔޮކަންތަކުގައި އިސްވެގަތްމީހުންނެވެ. އެއީ އެއްވަނަ ދަރަގައިގެ މީހުންނެވެ. އެއީ އިސްލާމު ކަމުގައި އެންމެ އިސްވެގަތް މީހުންނެވެ. އެއީ ކޮންފަދަމާތްބައެއް ހެއްޔެވެ؟
-
56:11
أُو۟لَـٰٓئِكَ ٱلْمُقَرَّبُونَ
ʹUlaaaʹikal Muq̣arraboon:
އެމީހުންނަކީ ﷲ ގެ حَضْرَة އާއި އެންމެ ކުއްތަންވެގެންވާމީހުންނެވެ.
-
56:12
فِى جَنَّـٰتِ ٱلنَّعِيمِ
Fee Jannaatin Naʻeem:
އެމީހުންތިބޭނީ ދާއިމީ ނިޢުމަތުގެވެރި މާތް ސުވަރުގެތަކުގައެވެ.
-
56:13
ثُلَّةٌ مِّنَ ٱلْأَوَّلِينَ
S̤ullatum minal ʹawwaleen,
އިސްލާމުކަމާއި ހެޔޮކަމުގައި އިސްވެގަތްމީހުންނަކީ އިސްވެދިޔަމީސްތަކުންގެތެރެއިން ބައެކެވެ. (އެއީ ސަލާމު ލެއްވި އާދަމުގެފާނުންފެށިގެން އަހުރެމެންގެ ކައު مُحمد ﷺ ރަސޫލުކަމާއިގެންފޮނުއްވުމާއި ދެމެދު އައިސްފައިވާ އުއްމަތްތަކުން ބަޔަކުމީހުންނެވެ.
-
56:14
وَقَلِيلٌ مِّنَ ٱلْـَٔاخِرِينَ
Wa-q̣aleelum minal ʹaakhireen.
އަދި އަނެއްބައިމީހުންގެތެރެއިން މަދުބައެކެވެ. އެބަހީ مُحمد ﷺ ގެ އުއްމަތުން މަދުބައެކެވެ.\nދަންނައެވެ. މިއުއްމަތުން މަދުބަޔަކުކަމުގައިބެލެވެނީ އިސްވެދިޔަ ހުރިހާއުއްމަތަކާއި އަޅާބަލާއިރުއެވެ. އިސްދިޔަ އެންމެހައި އުއްމަތްތަކުގެ އިސްވެގަތް އެންމެން އެއްކޮށްލީމާ އެކަނި މިއުއްމަތަށްވުރެ ގިނައީއެވެ. ކޮންމެ އެއް އުއްމަތަކުން އިސްވެގަތް މީހުންނަށްވުރެ މިއުއްމަތް މަދީއަކީއެއްނޫނެވެ. އެއް އުއްމަތަކާއި އަޅާބަލާއިރު އިސްވެގަތްމީހުންވެސް މިއުއްމަތުގައި މާގިނަކަމުގައިވެއެވެ.
-
56:15
عَلَىٰ سُرُرٍ مَّوْضُونَةٍ
ʻAlaa sururim mawḍoonah,
ދެންފަހެ މިއިސްވެގަތްމީހުން ސުވަރުގޭގައިތިބޭނީ ރަނުންނާއި ރަންމުތުން އަދި يَاقُوت ން ހެދިފައިވާ އެދުދާންކޮޅުތަކުގައެވެ.
-
56:16
مُّتَّكِـِٔينَ عَلَيْهَا مُتَقَـٰبِلِينَ
Muttakiʹeena ʻalayhaa mutaq̣aabileen.
އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތިލައި ލެގިލައިގެންވާ ޙާލުގައެވެ. (އެއްބަޔަކުވެސް އަނެއްބަޔަކަށް ފުރަގަސް ނުދޭނެއެވެ.)
-
56:17
يَطُوفُ عَلَيْهِمْ وِلْدَٰنٌ مُّخَلَّدُونَ
Yaṭoofu ʻalayhim wildaanum mukhalladoon,
އެގޮތަށް އެމީހުން ތިބޭއިރު ރަންމުތްތަކެއްފަދަ ޒުވާން ކުދިން އެމީހުންގެ خِدمَة ގައި އެމީހުންގެ ކައިރިން ދައުރުކުރައްވާނެއެވެ.
-
56:18
بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ
Biʹakwaabiñw Waʹabaareeq̣a, wa-kaʹsim mim maʻeen:
ރާތަށިތަކާއި ކުރައިތައްހިފައިގެން ޒުވާން ކުދިން އެމީހުންގެ خِدمَة ގައި ދައުރުކުރައްވާނެއެވެ.
-
56:19
لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ
Laa- yuṣaddaʻoona ʻanhaa wa-laa yuñzifoon:
އެރާ ބުއިމަކުން (ދުނިޔޭގައި މިހުންނަބަނގުރާ ބުއިމުންވާގޮތަށް) ބޮލުގައިރިހި ހޮޑުލެވި އަދި މަސްތުވާގޮތެއް ނުވާނެއެވެ.
-
56:20
وَفَـٰكِهَةٍ مِّمَّا يَتَخَيَّرُونَ
Wa-faakihatim mimmaa yatakhayyaroon;
އަދި އެމީހަކު إخْتِيَارُ ކުރާނެ ވައްތަރެއްގެ މޭވާތަކާއިގެންވެސް އެ ޒުވާން ކުދިން އެމީހުންގެ خِدمَة ގައި ދައުރުކުރައްވާނެއެވެ.
-
56:21
وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ
Wa-laḥmi ṭayrim mimmaa yashtahoon.
އަދި އެމީހުން ކާހިތްވާޒާތުގެ ދޫނިމަހާއި ވެސް މެއެވެ.
-
56:22
وَحُورٌ عِينٌ
Wa-ḥoorun ʻeen,―
އަދި އެމީހުން އެހާ އަރާމުގައި މީރު އެއްޗެތިކައިބޮއި ހެދުމާއިއެކު އެމީހުން މަޖާކުރުމަށްޓަކައި އެމީހުންނަށް މާތްވެގެންވާ حُورَ العِينُ އަންހެންކުދިން އެމީހުންގެ އަނބީންގެގޮތުގައި ދެއްވާފައިވާނެއެވެ. އެކުދިންނަކީ ހުރިހާގޮތަކުން ރީތިހުސްކޮށްފައިވާ ބިކުރުވެރި ލޯބިވެތި މާތް އަންހެންކުދިންނެވެ.
-
56:23
كَأَمْثَـٰلِ ٱللُّؤْلُؤِ ٱلْمَكْنُونِ
Kaʹams̤aalil luʹluʹil maknoon.
އެކުދިންހީވާނީ ރައްކާ ކުރެވިފައިތިބި ރަންމުތްތަކެއްހެންނެވެ.
-
56:24
جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ
Jazaaaʹam bimaa kaanoo yaʻmaloon.
މިހުރިހާ ނިޢުމަތަކީ އެމީހުން ދުނިޔޭގައި ތިބިއިރު ކޮށްފައިވާ ހެޔޮ ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުން އެއްވޭ ދެއްވުންތަކެވެ.
-
56:25
لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا
Laa- yasmaʻoona feehaa lag̣wañw walaa taʹs̤eemaa,―
އެމީހުން އެތާގައި އެއްވެސް بَاطِلُ ވާހަކައެއްވިޔަސް އަދި ފާފަވެރިވެވޭ އަޑެއްވިޔަސް ނުއަހާނެއެވެ.
-
56:26
إِلَّا قِيلًا سَلَـٰمًا سَلَـٰمًا
ʹIllaa q̣eelañ Salaamañ Salaamaa.
ހަމައެކަނި އެކަކު އަނެކަކަށް ސަލާމު ކުރާ އަޑުމެނުވީއެވެ.
-
56:27
وَأَصْحَـٰبُ ٱلْيَمِينِ مَآ أَصْحَـٰبُ ٱلْيَمِينِ
Wa-ʹAṣḥaabul Yameen,― maaa ʹAṣḥaabul Yameen
ކަނާތް ފަރާތުމީހުންނަކީ ކޮންފަދަ މާތްބައެއްހެއްޔެވެ؟ (ކަނައަތްފަރާތުމީހުންނޭ އޮތްބަސްފުޅުގެ މުރާދަކީ އެމީހުންގެ ޢަމަލުގެފަތް ކަނާތްފަރާތުން ލިބޭމީހުންނެވެ.)
-
56:28
فِى سِدْرٍ مَّخْضُودٍ
Fee sidrim makhḍood,
އެމީހުންވަނީ ސުވަރުގޭގެ ފުރިހަމަ ނިޢުމަތުގައެވެ. ކަށިނެތް ކުންނާރު ގަހުގެ މީރުކުންނާރު ލިބުމުގެ ނިޢުމަތުގައެވެ.
-
56:29
وَطَلْحٍ مَّنضُودٍ
Wa-ṭalḥim mañḍood,―
އަދި ތިރިންފަށައިގެން ގޮފިތަކާއިހަމައަށް މޭވާއަޅާ ބަރާވެފައިވާ طلح ގަސްގަހުގެ نِعْمَةُ ގައެވެ. (طلح ގަހަކީ ގިނަ މުފައްސިރުން ވިދާޅުވާގޮތުގައި ދޮންކޭލުގެ ބާވަތެކެވެ.)
-
56:30
وَظِلٍّ مَّمْدُودٍ
Wa-z̤̣illim mamdood,
އަދި އެމީހުންވަނީ ދެމިގެންވާ ހިޔަލުގައެވެ.
-
56:31
وَمَآءٍ مَّسْكُوبٍ
Wa-maaaʹim maskoob,
އަދިއެމީހުންވަނީ އެމީހުންނަށްޓަކައި އަބަދާ އަބަދު އޮހިއޮހި ހުންނަމީރުފެނުގެ نِعْمَةُ ގައެވެ
-
56:32
وَفَـٰكِهَةٍ كَثِيرَةٍ
Wa-faakihatiñ kas̤eerah,
އަދި ގިނަވެގެންވާ މީރުމޭވާތަކުގެ نِعْمَةُ ގައެވެ.
-
56:33
لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ
Laa maq̣ṭooʻatiñw walaa mamnooʻah,
އެމޭވާއަށް ކެނޑިދިއުމެއްނުވެއެވެ. އަދި مَنَعَ ވުމެއްނުވެއެވެ. (އެބަހީ ދުނިޔޭގެމޭވާއަށްވަގޮތަށް ވަކިމޫސުމަކަށް ލިބިފައި އަނެއްބައިމޫސުމަށް ނުލިބޭގޮތެއްނުވެއެވެ. އަދި ކިއެއްހެއްޔެވެ؟ ދާއިމީގޮތެއްގައި ލިބޭގޮތަށެވެ.) އަދި މަނާކުރާނެމީހަކު ނުވެއެވެ.
-
56:34
وَفُرُشٍ مَّرْفُوعَةٍ
Wa-furushim marfooʻah.
އަދިއެމީހުންވަނީ އުފުލިގެންވާ ދާންމަތިކޮޅުތަކުގައި ރިވެތިވެގެންވާ މާތް އަންހެނުންނާއި އެކުގައެވެ.
-
56:35
إِنَّآ أَنشَأْنَـٰهُنَّ إِنشَآءً
ʹInnaaa ʹañshaʹnaahunna ʹiñshaaaʹaa,
އަދި ހަމަކަށަވަރުން އެކަނބަލުން ތިމަންރަސްކަލާނގެ ހައްދަވާފައިވާނީ އާހެއްދެވުމަކުންނެވެ. (މިތާމިސިފަވާ އަންހެނުންނަކީ ދުނިޔޭގައި އުޅުނު އަންހެނުންކުރެ ސުވަރުގެ ވަނުމުގެ ނަސީބުލިބުނު މީހުންކަމުގައި ބުނެވުނެވެ.)
-
56:36
فَجَعَلْنَـٰهُنَّ أَبْكَارًا
Fajaʻalnaahunna ʹabkaaraa―
އަދި ތިމަންރަސްކަލާނގެ ސުވަރުގެއަށްޓަކައި އެކަނބަލުން ބިކުރުވެރިންކަމުގައި ލެއްވީމެވެ.
-
56:37
عُرُبًا أَتْرَابًا
ʻUruban ʹatraabaa,
އަދި ފިރިންދެކެ ލޯބިވާގޮތަށް އަދި ފިރިންވެސް އެކަނބަލުންދެކެ ލޯބިވާގޮތަށް އެއް ޢުމުރެއްގެ ނުވަތަ އެއް أخْلآقُ އެއްގެ ބަޔަކު ކަމުގައި ލެއްވީމެވެ. (ބައެއް مُفَسِّرُ ން ވިދާޅުވެއެވެ. އެމީހުންގެ ޢުމުރަކީ 33އަހަރެވެ. = ابْن كَثِير
-
56:38
لِّأَصْحَـٰبِ ٱلْيَمِينِ
LiʹAṣḥaabil Yameen.
އިސްވެދިޔަ ގިނަ نِعْمِة ތަކަކީ ކަނާތްފަރާތުގެ އެކުވެރިންނަށްޓަކައި ހުރި نِعْمِة ތަކެކެވެ.
-
56:39
ثُلَّةٌ مِّنَ ٱلْأَوَّلِينَ
S̤ullatum minal ʹawwaleen.
އެއީ އިސްވެދިޔަ އުއްމަތްތަކުގެތެރެއިން ބައެކެވެ.
-
56:40
وَثُلَّةٌ مِّنَ ٱلْـَٔاخِرِينَ
Wa-s̤ullatum minal ʹaakhireen.
އަދި ފަހުގެ އުއްމަތުގެތެރެއިންބައެކެވެ.
-
56:41
وَأَصْحَـٰبُ ٱلشِّمَالِ مَآ أَصْحَـٰبُ ٱلشِّمَالِ
Wa-ʹAṣḥaabush Shimaal,― maaa ʹAṣḥaabush shimaal?
އަދި ވައަތްފަރާތުގެ އެކުވެރިން (ދަންނައެވެ.) ވައަތްފަރާތުގެ އެކުވެރިންނަކީ ކޮންފަދަ ނުބައި ބައެއްހެއްޔެވެ؟
-
56:42
فِى سَمُومٍ وَحَمِيمٍ
Fee samoomiñw waḥameem,―
އެމީހުންވަނީ ނަރަކައިގެ ހޫނުގަދަ ވިހަދުމާއި އެންމެގަދަ ހޫނުފެނުގެ عَذَابُ ގެ ރަހަލިބި ލިބިއެވެ
-
56:43
وَظِلٍّ مِّن يَحْمُومٍ
Wa-z̤̣illim miñy yaḥmoom:
އަދި ނަރަކައިގެ ހޫނުގަދަ އަދި ފިނިކަމެއްނެތް ދުމުގެ ހިޔަލުގައެވެ.
-
56:44
لَّا بَارِدٍ وَلَا كَرِيمٍ
Laa baaridiñw walaa kareem,
އޭގައި އެއްވެސް ފިނިކަމެއްނެތް އަދި އެއްވެސް އަރާމެއްވިޔަސްނުވާ ނެއެވެ.
-
56:45
إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُتْرَفِينَ
ʹInnahum kaanoo q̣abla ẓaalika mutrafeen,
ހަމަކަށަވަރުން އެމީހުން ވީ އޭގެކުރިން (އެބަހީ ދުނިޔޭގައި އުޅުނުއިރު) = حَلآلُ ނޫންތަކެތީން މަޖާކޮށް ހަދާކަމުގައެވެ.
-
56:46
وَكَانُوا۟ يُصِرُّونَ عَلَى ٱلْحِنثِ ٱلْعَظِيمِ
Wa-kaanoo yuṣirroona ʻalal ḥins̤il ʻaz̤̣eem!
އަދި އެމީހުންވީ އެންމެބޮޑުފާފަކުރުންމަތީ އެބަހީ (ޝިރުކު ކުންމަތީ) ދެމިތިބޭބަޔަކު ކަމުގަ އެވެ.
-
56:47
وَكَانُوا۟ يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَـٰمًا أَءِنَّا لَمَبْعُوثُونَ
Wa-kaanu yaq̣ooloona, ʹaʹiẓaa mitnaa wa-kunnaa turaabañw waʻiz̤̣aaman ʹaʹinnaa lamabʻoos̤oon,
އަދި އެމީހުން ބުނާކަމުގައި ވީ އަހުރެމެން މަރުވެއްޖެއްޔާ އަދި އަހުރެމެން ވެއްޔަށްވެ އަދި ކަށިތައްވެސް ފީވެ ވެއްޔަށްވުމަށްފަހު އަހުރެމެން ދިރިގެ ފޮނުވޭނޭހެއްޔެވެ؟
-
56:48
أَوَءَابَآؤُنَا ٱلْأَوَّلُونَ
ʹA-waʹaabaaaʹunal ʹawwaloon?
އަދި އަހުރެމެންގެ އިސްވެދިޔަ ކާބަފައިންވެސް ފޮނުވޭނޭހެއްޔެވެ؟
-
56:49
قُلْ إِنَّ ٱلْأَوَّلِينَ وَٱلْـَٔاخِرِينَ
Q̣ul ʹinnal ʹawwaleena wal-ʹaakhireen,
(އޭ رَسُول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަނމަކަށަވަރުން އިސްވެދިޔަހާބަޔަކު އަދި ފަހުންއައިހާބަޔަކުވެސްމެއެވެ.
-
56:50
لَمَجْمُوعُونَ إِلَىٰ مِيقَـٰتِ يَوْمٍ مَّعْلُومٍ
Lamajmooʻoona ʹilaa meeq̣aati Yawmim maʻloom.
ކަނޑައެޅި އެގިގެންވާ ވަކިދުވަހެއްގެ ވަކިވަގުތަކަށް ކަށަވަރުންވެސް އެއްކުރެވޭހުއްޓެވެ. އެއީ ޤިޔާމަތް ދުވަހެވެ.
-
56:51
ثُمَّ إِنَّكُمْ أَيُّهَا ٱلضَّآلُّونَ ٱلْمُكَذِّبُونَ
S̤umma ʹinnakum ʹayyuhaḍ ḍaaalloonal mukaẓẓiboon!
ދެންހަމަކަށަވަރުން ކަލޭމެން އޭމިތިބަ ދޮގުވެރި މަދުފުރެދުނު މީހުންނޭވެ!
-
56:52
لَـَٔاكِلُونَ مِن شَجَرٍ مِّن زَقُّومٍ
Laʹaakiloona miñ Shajarim miñ Zaq̣q̣oom.
ހަމަކަށަވަރުން ކަލޭމެން زَقُّوم ގަހަކުން ކާނެއެވެ. (އެއީ ނަރަކައިގައެވެ.)
-
56:53
فَمَالِـُٔونَ مِنْهَا ٱلْبُطُونَ
Famaaliʹoona minhal buṭoon,―
އަދި އެއިންކަލޭމެން ކަލޭމެންގެ ބަނޑުތައް ފުރާނެއެވެ.
-
56:54
فَشَـٰرِبُونَ عَلَيْهِ مِنَ ٱلْحَمِيمِ
Fashaariboona ʻalayhi minal Ḥameem:
އަދި އެމީހުން އޭގެމައްޗަށް އެންމެގަދަހޫނު ފެން ބޯނެއެވެ.
-
56:55
فَشَـٰرِبُونَ شُرْبَ ٱلْهِيمِ
Fashaariboona shurbal heem.
ފެންބޮވާ ބަލިޖެހިފައިވާ ޖަމަލުބޯވަރަށް އެމީހުން އޭތިބޯނެއެވެ.
-
56:56
هَـٰذَا نُزُلُهُمْ يَوْمَ ٱلدِّينِ
Haaẓaa nuzuluhum Yawmad Deen!
މިއީ ހިސާބު ބައްލަވާދުވަހުން އެމީހުންނަށްވާ މެހުމާންދާރީއެވެ.
-
56:57
نَحْنُ خَلَقْنَـٰكُمْ فَلَوْلَا تُصَدِّقُونَ
Naḥnu khalaq̣naakum falawlaa tuṣaddiq̣oon?
ކަލޭމެން ހެއްދެވީ ތިމަންރަސްކަލާނގެއެވެ. ކަލޭމެން އެކަން ތެދުކުރާނެނަމައެވެ. ކަލޭމެން އެކަން ތެދުނުކުރަނީ ކީތްވެހެއްޔެވެ؟
-
56:58
أَفَرَءَيْتُم مَّا تُمْنُونَ
ʹAfaraʹaytum maa tumnoon?
ކަލޭމެން ތިޔަބޭރުކުރާ މަންޏާއި ބެހޭގޮތުން ކަލޭމެން ނިކަން ޚަބަރުދީބަލާށެވެ. (ދެކިބަލާށެވެ.)
-
56:59
ءَأَنتُمْ تَخْلُقُونَهُۥٓ أَمْ نَحْنُ ٱلْخَـٰلِقُونَ
ʹAʹañtum takhluq̣oonahooo ʹam Naḥnul Khaaliq̣oon?
އެއިން (مَخْلُوقُ އަކު) ހައްދަވަނީ ކަލޭމެންހެއްޔެވެ؟ ނުވަތަ އެހައްދަވާ ކަލަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟
-
56:60
نَحْنُ قَدَّرْنَا بَيْنَكُمُ ٱلْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ
Naḥnu q̣addarnaa baynakumul Mawta wa-maa Naḥnu bimasbooq̣een
،(61) ތިމަންރަސްކަލާނގެ ކަލޭމެންގެމެދުގައި މަރު (މަރުވުން) މިންވަރުކުރެއްވީމެވެ. އަދި ކަލޭމެންގެ ސޫރަތައް ބަދަލުކުރައްވައި އަދި ކަލޭމެނަށް ނޭގޭ ސޫރަތަކަކަށް ތިމަންރަސްކަލާނގެ ކަލޭމެން އުފެއްދެވުމަށް ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވެއެވެ.
-
56:61
عَلَىٰٓ أَن نُّبَدِّلَ أَمْثَـٰلَكُمْ وَنُنشِئَكُمْ فِى مَا لَا تَعْلَمُونَ
ʻAlaaa ʹan nubaddila ʹAms̤aalakum wa-nuñshiʹakum fee maa laa- taʻlamoon.
،(61) ތިމަންރަސްކަލާނގެ ކަލޭމެންގެމެދުގައި މަރު (މަރުވުން) މިންވަރުކުރެއްވީމެވެ. އަދި ކަލޭމެންގެ ސޫރަތައް ބަދަލުކުރައްވައި އަދި ކަލޭމެނަށް ނޭގޭ ސޫރަތަކަކަށް ތިމަންރަސްކަލާނގެ ކަލޭމެން އުފެއްދެވުމަށް ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވެއެވެ.
-
56:62
وَلَقَدْ عَلِمْتُمُ ٱلنَّشْأَةَ ٱلْأُولَىٰ فَلَوْلَا تَذَكَّرُونَ
Wa-laq̣ad ʻalimtumun nashʹatal ʹoolaa falawlaa taẓakkaroon?
އަދި ހަމަކަށަވަރުން ކަލޭމެންގެ ފުރަތަމަ ހެއްދެވުން ކަލޭމެންނަށް އެނގޭނެއެވެ. ފަހެ ކަލޭމެން عِبْرَة ލިބި ނުގަންނަނީ ކީއްވެގެން ހެއްޔެވެ؟
-
56:63
أَفَرَءَيْتُم مَّا تَحْرُثُونَ
ʹAfaraʹaytum maa taḥrus̤oon?
ކަލޭމެން (އޮށް އިންދައިގެން) ތިޔަކުރާ ދަޑުވެރިކަމާއިމެދު ކަލޭމެން ނިކަން ޚަބަރުދީބަލާށެވެ. (ކަލޭމެންނިކަން ދެކިބަލާށެވެ.)
-
56:64
ءَأَنتُمْ تَزْرَعُونَهُۥٓ أَمْ نَحْنُ ٱلزَّٰرِعُونَ
ʹAʹañtum tazraʻoonahooo ʹam Naḥnuz zaariʻoon?
އެއޮށް ފަޅުވާހައްދަވަނީ ކަލޭމެން ހެއްޔެވެ؟ ނުވަތަ އެއޮށް ފަޅުވާ ގަސްހައްދަވަނީ ތިމަންރަސްކަލާނގެ ހެއްޔެވެ؟
-
56:65
لَوْ نَشَآءُ لَجَعَلْنَـٰهُ حُطَـٰمًا فَظَلْتُمْ تَفَكَّهُونَ
Law nashaaaʹu lajaʻal-naahu ḥuṭaamañ faz̤̣altum tafakkahoon:
ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާނަމަ ހަމަކަށަވަރުން ހަލާކުވެ ކުދިކުދިވެ ބޭނުން ނުކުރެވޭ ކުނޑިތަކަކަށް ތިމަންރަސްކަލާނގެ އެހައްދަވާފައިހުށީމެވެ. ދެން އޭރުން ކަލޭމެން عَجَائِبُ ވެގެން ބުނާނެއެވެ.
-
56:66
إِنَّا لَمُغْرَمُونَ
ʹInnaa lamug̣ramoon:
ހަމަކަށަވަރުން އެއްވެސް އެއްޗެއް ނުލިބި އަހުރެމެންނަށް ގެއްލުންވީއެވެ.
-
56:67
بَلْ نَحْنُ مَحْرُومُونَ
Bal naḥnu maḥroomoon.
އަދި ކިއެއްހެއްޔެވެ. އަހުރެމެންމިވަނީ (އެދަޑުގެ ބަރަކާތުން) مَحْرُومُ ވެގެންނެވެ.
-
56:68
أَفَرَءَيْتُمُ ٱلْمَآءَ ٱلَّذِى تَشْرَبُونَ
ʹAfaraʹaytumul maaa ʹallaẓee tashraboon?
ކަލޭމެން ތިޔަބޯފެނާއިމެދު ކަލޭމެން ނިކަން ނިކަން ޚަބަރުދީބަލާށެވެ. (ދެކިބަލާށެވެ.)
-
56:69
ءَأَنتُمْ أَنزَلْتُمُوهُ مِنَ ٱلْمُزْنِ أَمْ نَحْنُ ٱلْمُنزِلُونَ
ʹAʹañtum ʹañzaltumoohu minal muzni ʹam Naḥnul muñziloon?
ވިލާގަޑުން އެފެން ވެއްސަވަނީ ކަލޭމެން ހެއްޔެވެ. ނުވަތަ އެވެއްސާކަލަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟
-
56:70
لَوْ نَشَآءُ جَعَلْنَـٰهُ أُجَاجًا فَلَوْلَا تَشْكُرُونَ
Law nashaaaʹu jaʻalnaahu ʹujaajañ falawlaa tashkuroon?
ތިމަންރަސްކަލާނގެ އެދިވޮޑި ގަންނަވާނަމަ ގަދަލޮނު ފެނެއްކަމުގައި އެފެން ތިމަންރަސްކަލާނގެ ލައްވައިފީހެވެ. ކަލޭމެނަ ފަހެ ޝުކުރު ނުކުރާނެހެއްޔެވެ؟
-
56:71
أَفَرَءَيْتُمُ ٱلنَّارَ ٱلَّتِى تُورُونَ
ʹAfaraʹaytumun naaral latee tooroon?
ކަލޭމެން ރޯކޮށްގެން ތިޔައަންދާ އަލިފާނާއިމެދު ކަލޭމެން ނިކަން ޚަބަރުދީބަލާށެވެ. (ދެކިބަލާށެވެ.)
-
56:72
ءَأَنتُمْ أَنشَأْتُمْ شَجَرَتَهَآ أَمْ نَحْنُ ٱلْمُنشِـُٔونَ
ʹAʹañtum ʹañshaʹtum shajaratahaaa ʹam Naḥnul muñshiʹoon?
އެގަސްއުފެއްދެވީ ކަލޭމެން ހެއްޔެވެ؟ ނުވަތަ އެގަސް ހައްދަވަނީ ތިމަންރަސްކަލާނގެ ހެއްޔެވެ؟
-
56:73
نَحْنُ جَعَلْنَـٰهَا تَذْكِرَةً وَمَتَـٰعًا لِّلْمُقْوِينَ
Naḥnu jaʻalnaahaa taẓkiratañw wamataaʻal lilmuq̣ween.
(ނަރަކައިގެ އަލިފާނުގެ) ހަނދާނަކަށާއި އަދި ދަތުރުވެރިންނަށާއި ދުރުހިސާބުގައި\nއުޅޭމީހުންނަށް ވެސް ބޭނުންކޮށްލެވޭ އެއްޗެއްކަމުގައި ތިމަންރަސްކަލާނގެ އެ އަލިފާން ލެއްވީމެވެ.
-
56:74
فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ
Fasabbiḥ bismi Rabbikal ʻAz̤̣eem!
ފަހެ ކަލޭގެފާނުންގެ ބޮޑުވެގެންވާ رَبُّ ނަންފުޅުން. ކަލޭގެފާނު تَسْبِيْح ވިދާޅުވާށެވެ!
-
56:75
۞ فَلَآ أُقْسِمُ بِمَوَٰقِعِ ٱلنُّجُومِ
Falaaa ʹuq̣simu bimawaaq̣iʻin Nujoom,―
ފަހެ ތަރިތައް އޮއްސޭ ތަންތަން ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.
-
56:76
وَإِنَّهُۥ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌ
Wa-ʹinnahoo laq̣asamul law taʻlamoona ʻaz̤̣eem,―
އަދި ހަމަކަށަވަރުންއެއީ ކަލޭމެންނަށް އެނގޭނަމައެއީ ކަނޑައެޅިގެން ބޮޑުވެގެންވާ ހުވައެކެވެ.
-
56:77
إِنَّهُۥ لَقُرْءَانٌ كَرِيمٌ
ʹInnahoo la-Q̣urʹaanuñ Kareem,
ހަމަކަށަވަރުން އެއީ މާތްވެގެންވާ قُرْآن އެއްކަން ކަށަވަރެވެ.
-
56:78
فِى كِتَـٰبٍ مَّكْنُونٍ
Fee Kitaabim maknoon,―
ރައްކާތެރިވެގެންވާ ފޮތެއްގައިވާ (لَوْحُ المَحْفُوظ ގައިވާ)
-
56:79
لَّا يَمَسُّهُۥٓ إِلَّا ٱلْمُطَهَّرُونَ
Laa- yamassuhooo ʹillal muṭahharoon:
طَاهِرُ ވެގެންވާ ބޭކަލަކު މެނުވީ (މަލާއިކަތް ބޭކަލަކުމެނުވީ) އެފޮތުގައި ނުބީހެއެވެ.
-
56:80
تَنزِيلٌ مِّن رَّبِّ ٱلْعَـٰلَمِينَ
Tañzeelum mir Rabbil ʻAalameen.
އެއީ عَالَمُ ތަކުގެވެރި رَبُّ ގެ حَضْرَةُ ން ބާވާތްލައްވާ ބާވާތްލެއްވުމެކެވެ.
-
56:81
أَفَبِهَـٰذَا ٱلْحَدِيثِ أَنتُم مُّدْهِنُونَ
ʹAfabihaaẓal Ḥadees̤i ʹañtum mudhinoon?
ކަލޭމެން އާދައިގެ އެއްޗެއްކަމުގައި ބަލައި ދޮގުކުރަނީ މިވާހަކަ ހެއްޔެވެ؟ (މި قُرْآن ހެއްޔެވެ؟)
-
56:82
وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ
Wa-tajʻaloona rizq̣akum ʹannakum tukaẓẓiboon?
އަދި ކަލޭމެން ކަލޭމެންގެ ރިޒުޤުގެ ޝުކުރުކުރު ން ހަމަކަށަވަރުން ކަލޭމެން ދޮގުކުރުމެއް ކަމުގައި ލަނީ ހެއްޔެވެ؟ الله ބާވާތްލެއްވި ވާރޭފެން ތަރިއަށް ނިސްބަތްކުރަނީއެވެ.
-
56:83
فَلَوْلَآ إِذَا بَلَغَتِ ٱلْحُلْقُومَ
Falawlaa ʹiẓaa balag̣atil ḥulq̣oom,―
(މަރުވާމީހާ) ލަގޮޑިވަޅާއި ހަމައަށް ފުރާނަ އަރައްޖެއްޔާ
-
56:84
وَأَنتُمْ حِينَئِذٍ تَنظُرُونَ
Wa-ʹañtum ḥeenaʹiẓiñ tañz̤̣uroon,―
އަދިކަލޭމެން އެހިނދުން އޭނާއަށް ބަލަހައްޓައިގެން ތިބޭނެއެވެ.
-
56:85
وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَـٰكِن لَّا تُبْصِرُونَ
Wa-Naḥnu ʹaq̣rabu ʹilayhi miñkum wa-laakil laa tubṣiroon,―
އަދި ތިމަންރަސްކަލާނގެ އޭނާއާއި ގާތްކަން ބޮޑެވެ. އަދި އެހެނެއްކަމަކު ކަލޭމެންނަކަށް ނުފެނެއެވެ.
-
56:86
فَلَوْلَآ إِن كُنتُمْ غَيْرَ مَدِينِينَ
Falawlaaa ʹiñ kuñtum g̣ayra madeeneen,―
،(87) ފަހެ ކަލޭމެން މަރުވުމަށްފަހު ހިސާބުބައްލަވާނެކަމަށް އެއްބަސްނުވަންޏާ ކަލޭމެން އެފުރާނަ އަނބުރާ ރައްދުކުރާހުށި ކަމެވެ. ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާއެވެ.
-
56:87
تَرْجِعُونَهَآ إِن كُنتُمْ صَـٰدِقِينَ
Tarjiʻoonahaaa ʹiñ kuñtum ṣaadiq̣een?
،(87) ފަހެ ކަލޭމެން މަރުވުމަށްފަހު ހިސާބުބައްލަވާނެކަމަށް އެއްބަސްނުވަންޏާ ކަލޭމެން އެފުރާނަ އަނބުރާ ރައްދުކުރާހުށި ކަމެވެ. ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާއެވެ.
-
56:88
فَأَمَّآ إِن كَانَ مِنَ ٱلْمُقَرَّبِينَ
Faʹammaaa ʹiñ kaana minal Muq̣arrabeen,―
ފަހެ އޭނާ އެބަހީ (މަރަށް حاضِر ވީ މީހާ) ކުއްތަންވެގެންވާ މީހުންގެތެރެއިން ވަންޏާ.
-
56:89
فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ
Fa-Rawḥuñw Wa-Rayḥaanuñw Wa-Jannatu Naʻeem.
ފަހެ އޭނާއަށް ހުރީ ދުނިޔޭގެ އުދަގުލުން އަރާމު ލިބިގަތުމާއި އަދި ސުވަރުގޭގެ ރިޒުޤެވެ. (ނުވަތަމީރުވަސްދުވާ މާމެލާމެއްޔެވެ.) އަދި نِعْمة ތަކުގެވެރި ސުވަރުގެއެވެ.
-
56:90
وَأَمَّآ إِن كَانَ مِنْ أَصْحَـٰبِ ٱلْيَمِينِ
Wa-ʹammaaa ʹiñ kaana min ʹAṣḥaabil yameen.―
އަދި އޭނާކަނާތްފަރާތުގެ އެކުވެރިންގެތެރެއިން ވަންޏާ (މަރަށް حاضِر ވީ މީހާ ކަނާތްފަރާތުގެ އެކުވެރިންގެ ތެރެއިންވަންޏާ އޭނާއަށް ބުނެވޭނެއެވެ.)
-
56:91
فَسَلَـٰمٌ لَّكَ مِنْ أَصْحَـٰبِ ٱلْيَمِينِ
Fa-Salaamul laka min Aṣḥaabil yameen.
ކަނާތްފަރާތުގެ އެކުވެރިންގެފަރާތުން. ފަހެކަލެއަށް ސަލާމު ހުއްޓެވެ. (އޭނާއަށް އެންގޭނެއެވެ.)
-
56:92
وَأَمَّآ إِن كَانَ مِنَ ٱلْمُكَذِّبِينَ ٱلضَّآلِّينَ
Wa-ʹammaaa ʹiñ kaana minal Mukaẓẓibeenaḍ ḍaaalleen,
އަދި އެމީހާ ދޮގުވެރި މަގުފުރެދުނުމީހުންގެތެރެއިން ވަންޏާ ދަންނައެވެ.
-
56:93
فَنُزُلٌ مِّنْ حَمِيمٍ
Fanuzulum min ḥameem,―
ފަހެ އޭނާހައަށްހުންނަހުށީ އެންމެ ހޫނުފެނުގެ މެހުމާންދާރީ ކަމެވެ.
-
56:94
وَتَصْلِيَةُ جَحِيمٍ
Wa-taṣliyatu Jaḥeem.
އަދި ނަރަކައިގެ އަލިފާނުގައި އެނދުމެވެ.
-
56:95
إِنَّ هَـٰذَا لَهُوَ حَقُّ ٱلْيَقِينِ
ʹInna haaẓaa lahuwa Ḥaq̣q̣ul Yaq̣een.
ހަމަކަށަވަރުން މިއީ ކަނޑައެޅިގެން ޔަޤީނުންވެސް حَقُّ އެވެ.
-
56:96
فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ
Fasabbiḥ bismi Rabbikal ʻAz̤̣eem.
ފަހެ ހައިބަ ބޮޑުވެގެންވާ ކަލޭގެފާނުންގެ رَبُّ ނަންފުޅުން ކަލޭގެފާނު تَسْبِيْح ވިދާޅުވާށެވެ!
Surah Al-HadidBegins here at 57:1
-
57:1
سَبَّحَ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
Sabbaḥa lillaahi maa- fis samaawaati wal-ʹarḍ: wa-Huwal ʻAzeezul Ḥakeem.
އުޑުތަކާއި ބިމުގައި ވާހާތަކެތި الله އަށް تَسْبِيْحَ ކިޔައެވެ. އަދި އެކަލާނގެއީ ގަދަފަދަވަންތަވެވޮޑިގެންވާ އަދި حِكْمَة ވަންތަވެވޮޑިގެންވާކަލާނގެއެވެ.
-
57:2
لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ يُحْىِۦ وَيُمِيتُ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Lahoo Mulkus samaawaati wal-ʹarḍ: yuḥyee wa-yumeet; wa-Huwa ʻalaa kulli shayʹiñ Q̣adeer.
އުޑުތަކާއި ބިމުގައިވާހާތަކެތި އެކަލާނގެއަށް خَاصَّ ވެގެންވެއެވެ. އެކަލާނގެ ތަކެތި ދިރުއްވާ މަރުއްވައެވެ. އަދި ކޮންމެ ކަމެއްގެ މައްޗަށް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ.
-
57:3
هُوَ ٱلْأَوَّلُ وَٱلْـَٔاخِرُ وَٱلظَّـٰهِرُ وَٱلْبَاطِنُ ۖ وَهُوَ بِكُلِّ شَىْءٍ عَلِيمٌ
Huwal ʹAwwalu walʹAakhiru waz̤̣-Z̤̣aahiru wal-Baaṭin: wa-Huwa bikulli shayʹin ʻAleem.
އެކަލާނގެއީ އެންމެފުރަތަމައެވެ. އެކަލާނގެއަށްވުރެކުރިން އެކައްޗެއްވެސް ނުވެއެވެ. އަދި އެކަލާނގެއީ އެންމެފަހެވެ. އެކަލާނގެއަށްވުރެ ފަހުން އެކައްޗެއްވެސް ނުވާނެއެވެ. އަދި އެއީ ހުރިހާ އެއްޗެއްގެމަތީ ވޮޑިގެންވާ ކަލާނގެއެވެ. (ނުވަތަ ދަލީލުތަކާއި حُحَّة ތަކުން އެކަލާނގެ ވޮޑިގެންވާކަން ފައުޅުވެގެންވާ ކަލާނގެއެވެ. އަދި އެއީ އެންމެ އަޑީގައިވާހާތަކެތިވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. އަދި އެއީ ހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
57:4
هُوَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۚ يَعْلَمُ مَا يَلِجُ فِى ٱلْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعْرُجُ فِيهَا ۖ وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ
Huwal laẓee khalaq̣as samaawaati wal ʹarḍa fee Sittati ʹAyyaamiñ s̤ummas tawaa ʻalal ʻArsh. Yaʻlamu maa- yaliju filʹarḍi wa-maa yakhruju minhaa wa-maa yañzilu minas samaaaʹi wa-maa yaʻruju feehaa. Wa-Huwa maʻakum ʹayna maa- kuñtum. Wallaahu bimaa taʻmaloona baṣeer.
ހަދުވަހެއްގެތެރޭގައި އުޑުތަކާއި ބިންހެއްދެވީ ހަމައެކަލާނގެއެވެ. ދެންއެކަލާނގެ عَرْشއަށް اسْتَوَىٰ ވެވޮޑިގެންނެވިއެވެ. އެކަލާނގެ ދެނެވޮޑިގެންވެއެވެ. ބިމުގެތެރެއަށްވަންނަހާތަކެއްޗާއި އަދި އެތަނުން ނުކުންނަހާ ތަކެއްޗާއި އަދި އުޑުން ފައިބާ ތަކެއްޗާއި އަދި އެއުޑަށް އަރައިގެންދާހުރިހާތަކެއްޗާއި މިހުރިހާތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެ (ދެނެވޮޑިގަތުމާއި ކުޅަދުންވަންތަކަން) ވަނީ ކަލޭމެންވީ ކޮންމެތަނެއްގައި ކަލޭމެންނާއި އެކުގައެވެ. އަދި الله ކަލޭމެން ކުރާހާކަމަކަށް الله ބައްލަވާ ވޮޑިގެންވެއެވެ.
-
57:5
لَّهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ
Lahoo Mulkus samaawaati wal-ʹarḍ: wa-ʹilal laahi turjaʻul ʹumoor.
އުޑުތަކާބިމުގެ މުޅި މިލްކު خَاصَّ ވެގެން ވަނީ އެކަލާނގެއަށެވެ. އަދި އެންމެހައި ކަންތައްތައް އެނބުރި އައުންވަނީ ހަމަ ﷲ ގެ حَضْرةُ އަށެވެ.
-
57:6
يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ ۚ وَهُوَ عَلِيمٌۢ بِذَاتِ ٱلصُّدُورِ
Yoolijul Layla fin Nahaari wa-yoolijun Nahaara fil Layl; wa-Huwa ʻAleemum biẓaatiṣ ṣudoor.
އެކަލާނގެ ދުވާލުގެ ތެރެއަށް ރޭގަނޑު ވައްދަވައެވެ. އަދި ރޭގަނޑުގެތެރެއަށް ދުވާލު ވައްދަވައެވެ. އަދި އެކަލާނގެއީ ހިތްތަކުގެ އެތެރޭގައި ވާހާތަކެތިވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. (ضَمِيْرُ ތަކުގައި ވަންހަނާވެފައިވާ އެންމެހައި ތަކެތިވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.)
-
57:7
ءَامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَأَنفِقُوا۟ مِمَّا جَعَلَكُم مُّسْتَخْلَفِينَ فِيهِ ۖ فَٱلَّذِينَ ءَامَنُوا۟ مِنكُمْ وَأَنفَقُوا۟ لَهُمْ أَجْرٌ كَبِيرٌ
ʹAaminoo billaahi wa-Rasoolihee wa-ʹañfiq̣oo mimmaa jaʻalakum mustakhlafeena feeh. Fallaẓeena ʹaamanoo miñkum wa-ʹañfaq̣oo lahum ʹAjruñ kabeer.
ކަލޭމެން الله އަށާއި އެކަލާނގެ ރަސޫލާއަށް އީމާންވާށެވެ. އަދި ކަލޭމެން ނަށް އެކަލާނގެ ލައްވާފައިވާ އެތަކެތީގައި ކަލޭމެން تَصَرُّفُ ކުރުމަށް خَلِيْفَة ވެރި ކުރުވާފައިވާ އެ ތަކެތީން ކަލޭމެން ހޭދަކުރާށެވެ. ކަލޭމެންގެތެރެއިން އީމާން ވެ އަދި އެމީހުން (الله އެންގެވިފަދައިން) ހޭދަކުރި މީހުން ދަންނައެވެ. އެމީހުންނަށް ހުރީ ބޮޑުވެގެންވާ ދަރުމައެވެ.
-
57:8
وَمَا لَكُمْ لَا تُؤْمِنُونَ بِٱللَّهِ ۙ وَٱلرَّسُولُ يَدْعُوكُمْ لِتُؤْمِنُوا۟ بِرَبِّكُمْ وَقَدْ أَخَذَ مِيثَـٰقَكُمْ إِن كُنتُم مُّؤْمِنِينَ
Wa-maa lakum laa- tuʹminoona billaahi war-Rasoolu yadʻookum lituʹminoo bi-Rabbikum wa-q̣ad ʹakhaẓa Mees̤aaq̣akum ʹiñ kuñtum Muʹmineen.
އަދި ކަލޭމެން الله އަށް އީމާން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ކޮންކަމަކާހެދިހެއްޔެވެ؟ އަދި ކަލޭމެންކަލޭމެންގެ رَبُّ އަށް އީމާންވުމަށް ރަސޫލާ ކަލޭމެނަށް ގޮވައިލައްވަނީއެވެ. އަދި ހަމަކަށަވަރުން އެކަލާނގެ ވަނީ ކަލޭމެންގެ عَهْدُ ކަށަވަރު ހިއްޕަވާފައެވެ. ކަލޭމެންނަކީ މުއުމިނުން ކަމުގައި ވަންޏާ (އެކަމަށް ސަމާލުވުން ހުއްޓެވެ.)
-
57:9
هُوَ ٱلَّذِى يُنَزِّلُ عَلَىٰ عَبْدِهِۦٓ ءَايَـٰتٍۭ بَيِّنَـٰتٍ لِّيُخْرِجَكُم مِّنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ ۚ وَإِنَّ ٱللَّهَ بِكُمْ لَرَءُوفٌ رَّحِيمٌ
Huwal laẓee yunazzilu ʻalaa ʻAbdiheee ʹAayaatim Bayyinaatil liyukhrijakum minaz̤̣ Z̤̣ulumaati ʹilan Noor. Wa-ʹinnal laaha bikum la-Raʻoofur Raḥeem.
ބަޔާންވެގެންވާ އާޔަތްތައް އެކަލާނގެ އަޅާގެމައްޗަށް ބާވާތްލައްވަނީ ހަމަ އެކަލާނގެއެވެ. އެއީ (ޖާހިލުކަމާއި ޝިރުކުގެ) އަދިރީގެތެރެއިން އެކަލާނގެ ކަލޭމެން ނެރުއްވުމައްޓަކަ ޔާއި އަދި (އީމާންކަމާއި ޢިލްމުގެ) އަލިކަމުގެ ތެރެއަށް ކަލޭމެން ވެއްދުމަށެވެ. އަދި ހަމަކަށަވަރުން الله تَعَالىއީ ކަލޭމެންނާއިމެދު ނުހަނު އޯގާވަންތަ އަދި رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެކަން ކަށަވަރެވެ.
-
57:10
وَمَا لَكُمْ أَلَّا تُنفِقُوا۟ فِى سَبِيلِ ٱللَّهِ وَلِلَّهِ مِيرَٰثُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ لَا يَسْتَوِى مِنكُم مَّنْ أَنفَقَ مِن قَبْلِ ٱلْفَتْحِ وَقَـٰتَلَ ۚ أُو۟لَـٰٓئِكَ أَعْظَمُ دَرَجَةً مِّنَ ٱلَّذِينَ أَنفَقُوا۟ مِنۢ بَعْدُ وَقَـٰتَلُوا۟ ۚ وَكُلًّا وَعَدَ ٱللَّهُ ٱلْحُسْنَىٰ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
Wa-maa lakum ʹallaa tuñfiq̣oo fee Sabeelil laahi wa-lillaahi meeraas̤us samaawaati wal-ʹarḍ. Laa- yastawee miñkum man ʹañfaq̣a miñ q̣ablil Fat-ḥi wa-q̣aatal. ʹUlaaaʹika ʹaʻz̤̣amu darajatam minal laẓeena ʹañfaq̣oo mim baʻdu wa-q̣aataloo. Wa-kullañw waʻad allaahul ḥusnaa. Wallaahu bimaa taʻmaloona Khabeer.
(އޭމީސްތަކުންނޭވެ!) ކަލޭމެންގެ އަތުގައިވާ މުދަލުން ﷲ ގެމަގުގައި ކަލޭމެން ހޭދަ ނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ (އެއީ ކަލޭމެން تَصَرُّفُ ކުރުމަށް الله ކަލޭމެނަށް ދެއްވާފައިވާ އެކަލާނގެ މުދަލެވެ.) އަދި އުޑުތަކާއި ބިންތަކުގެ މުޅި ވާރުތަ މިލްކުވެ خَاصَّ ވެގެންވަނީ ހަމަ އެކާނގެއަށެވެ. އެއީ އެންމެހައި خَلقُ ތަކުން މަރުވުމަށްފަހުވެސް އުޑުތަކާއި ބިންތަކާއި އަދި އެދެމެދުގައި ވާހާތަކެތީ ވާރުތަ މިލްކުވެގެންވާނީ ވެސް ހަމައެކަނި އެކަލާނގެއަށެވެ. މަރުވެގެން ދާއިރު އެކަކުވެސް އެއްވެސް މުދަލެއް ނުގެންދާނެއެވެ. ދެންފަހެ މައްކާ فَتَحَ ވުމުގެކުރިން ކަލޭމެންކުރެ ﷲ ގެ މަގުގައި މުދާހޭދަކޮށް ހަނގުރާމަކުރިމީހުންނާއި މައްކާ فَتَحَ ވުމުގެ ފަހުން ﷲ ގެ މަގުގައި މުދާހޭދަކޮށް ހަނގުރާމަކުރިމީހުންނާއި މިދެބައިމީހުން މާތްކަމާއި ދަރަޖައިގެގޮތުން ހަމަހަމަވެގެން ނުވެއެވެ. މައްކާ فَتَحَ ވުމުގެކުރިން ކަލޭމެންކުރެ ﷲގެ މަގުގައި މުދާހޭދަކޮށް ހަނގުރާމަކުރިމީހުންގެ ދަރަޖަ މާބޮޑުވެގެންވެއެވެ. އެކަމަކު އެދެބައިމީހުންކުރެ ކޮންމެބަޔަކަށްވެސް اللَّهُ وَعْدُ ކުރައްވާފައިވަނީ ހެޔޮދަރުމައެވެ. ސުވަރުގެއެވެ. އަދި اللَّهُ تَعَالى އީ ކަލޭމެން ކުރާ ހުރިހާކަމެއްގެ ޚަބަރު ދެނެވޮޑިގެންވާ ކަލާނގެއެވެ. (އަދި އެކަމުގެ ޚަބަރު އެކަލާނގެ ކަލޭމެނަށް ދެއްވާނެއެވެ.)
-
57:11
مَّن ذَا ٱلَّذِى يُقْرِضُ ٱللَّهَ قَرْضًا حَسَنًا فَيُضَـٰعِفَهُۥ لَهُۥ وَلَهُۥٓ أَجْرٌ كَرِيمٌ
Mañ ẓal laẓee yuq̣riḍul laaha Q̣arḍan Ḥasanañ fayuḍaaʻifahoo lahoo wa-lahooo ʹajruñ kareem.
ރިވެތިވެގެންވާ ރަނގަޅު ދަރަންޏަކުން اللَّهُ އަށް ދަރަންޏަށްދޭނީ ކަލޭމެންކުރެ ކާކުހެއްޔެވެ؟ އެއީއެމީހަކަށް އެކަލާނގެ ގިނަކޮށް ދެއްވުމަށް ޓަކައެވެ. އަދި އެމީހަކަށް މާތް ވެގެންވާ އުޖޫރަ / ސުވަރުގެ ހުންނަހުއްޓެވެ.
-
57:12
يَوْمَ تَرَى ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ يَسْعَىٰ نُورُهُم بَيْنَ أَيْدِيهِمْ وَبِأَيْمَـٰنِهِم بُشْرَىٰكُمُ ٱلْيَوْمَ جَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ
Yawma taral Muʹmineena wal-Muʹminaati yasʻaa Nooruhum̃ bayna ʹaydeehim wa-biʹaymaanihim Bushraakumul Yawma Jannaatuñ tajree miñ taḥtihal ʹanhaaru khaalideena feeha! Ẓaalika huwal Fawzul ʻaz̤̣eem!
މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުން އެމީހުންގެ ކުރިމަތިން ނާއި އަދިއެމީހުންގެ ކަނާތްފަރާތުން އެމީހުންގެ ނޫރުދާތީ / އަލިކުރާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާދުވަސް (ހަނދުމަފުޅު ކުރައްވާށެވެ!). (އެމީހުންނަށް ބުނެވޭނެއެވެ.) ކަލޭމެންނަށް މިއަދު އުފާވެރިކަން ހުއްޓެވެ. އެއީ އެތަންތާގެދަށުން އާރުތައްދެމޭ ސުވަރުގެތަކެވެ. އެމީހުން އެތާ ދެމީތިބޭހުއްޓެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީ އެވެ. އެއީ ޤިޔާމަތް ދުވަހެވެ.
-
57:13
يَوْمَ يَقُولُ ٱلْمُنَـٰفِقُونَ وَٱلْمُنَـٰفِقَـٰتُ لِلَّذِينَ ءَامَنُوا۟ ٱنظُرُونَا نَقْتَبِسْ مِن نُّورِكُمْ قِيلَ ٱرْجِعُوا۟ وَرَآءَكُمْ فَٱلْتَمِسُوا۟ نُورًا فَضُرِبَ بَيْنَهُم بِسُورٍ لَّهُۥ بَابٌۢ بَاطِنُهُۥ فِيهِ ٱلرَّحْمَةُ وَظَـٰهِرُهُۥ مِن قِبَلِهِ ٱلْعَذَابُ
Yawma yaq̣oolul Munaafiq̣oona wal-Munaafiq̣aatu lil-laẓeena ʹaamanuñ z̤̣uroonaa naq̣tabis min Noorikum! Q̣eela rjiʻoo waraaaʹakum faltamisoo nooraa! Faḍuriba baynahum̃ bisooril lahoo baab. Baaṭinuhoo feehir Raḥmatu wa-z̤̣aahiruhoo miñ q̣ibalihil ʻaẓaab!
مُنَافِقُ ފިރިހެނުންނާއި مُنَافِقُ އަންހެނުން އީމާންވީ މީހުންނާއި ދިމާއަށް ބުނާދުވަސް (ހަނދުމަފުޅު ކުރައްވާށެވެ!) އެމީހުން ބުނާނެއެވެ. ކަލޭމެންގެ އަލިކަމުން އަހުރެމެންވެސް ބައެއް ލިބިގަތުމަށް ކަލޭމެން އަހުރެމެންނަށް إنْتِظَارُ ކޮށް ލައްވާށެވެ! އެހިނދުން (އެމީހުންނަށް) ބުނެވޭނެއެވެ. ކަލޭމެން ކަލޭމެންގެ ފަހަތަށް އެނބުރިދާށެވެ. ދެން އެތަނުން ކަލޭމެން އަލިކަމެއް ލިބިގަންނާށެވެ. ދެންފަހެ އެދެބައިމީހުންގެ ދެމެދުގައި އެފާރުގައި ދޮރެއްވާ ފާރެއް (ހުރަހެއް) ލެވިދާނެއެވެ. އެފާރުގެ އެތެރެފަރާތުގައި رَحْمِة ވާ އަދި އޭގެ ބޭރުފަރާތުގައި އެޔާއި ޖެހިގެން عذَابُ ވާފާރެކެވެ.
-
57:14
يُنَادُونَهُمْ أَلَمْ نَكُن مَّعَكُمْ ۖ قَالُوا۟ بَلَىٰ وَلَـٰكِنَّكُمْ فَتَنتُمْ أَنفُسَكُمْ وَتَرَبَّصْتُمْ وَٱرْتَبْتُمْ وَغَرَّتْكُمُ ٱلْأَمَانِىُّ حَتَّىٰ جَآءَ أَمْرُ ٱللَّهِ وَغَرَّكُم بِٱللَّهِ ٱلْغَرُورُ
Yunaadoonahum ʹalam nakum maʻakum? Q̣aaloo balaa walaakinnakum fatañtum ʹañfusakum wa-tarabbaṣtum wartabtum wa-g̣arratkumul ʹamaaniyyu ḥattaa jaaaʹa ʹAmrul laahi wa-g̣arrakum̃ billaahil G̣aroor.
އެމީހުން މިމީހުންނަށް ގޮވާނެއެވެ. (އެބަހީ މުނާފިޤުން މުއުމިނުންނަށް ގޮވާނެއެވެ.) އަދިބުނާނެއެވެ. (ދުނިޔޭގައި) އަހުރެމެން ކަލޭމެންނާއި އެކު ނުވަމުހެއްޔެވެ؟ އެބަހީ އަހުރެމެންވެސް ކަލޭމެންނާއިއެކު މުއުމިނުންނަށް ވެގެންއުޅުނީމެވެ. އެމީހުން (އެބަހީ މުއުމިނުން) ބުނާނެއެވެ. އާއެކެވެ. ތިޔައީ ތެދެކެވެ. ކަލޭމެން އަހުރެމެންނާއި އެކު އުޅުނީމުއެވެ. އަދި އެހެނެއްކަމަކު ކަލޭމެން ކަލޭމެންގެ ނަފުސުތައް ފިތުނަވެރި ކުރީއެވެ. ހަލާކު ކުރީއެވެ. އަދި ކަލޭމެން (مُحمد ފާނަށާއި މުއުމިނުންނަށް) ނުބައިގޮތްތައް ދިމާވުމަށް إنْتِظَارُ ކުރީއެވެ. އަދި ކަލޭމެން ދީނާއިމެދު ޝައްކު ކުރީއެވެ. އަދި ނުބައި އުއްމީދުތަކާއި އެދުންތައް ކަލޭމެން ހެއްލުންތެރި ކުރުވީއެވެ. އެއީ ﷲ ގެ އަމުރުފުޅު އަންނާދެން އެބަހީ މަރު އަތުވެއްޖައުމަށްދާދެނެވެ. އަދި ﷲ އާއިމެދު شَيْطَانُ ކަލޭމެން ހެއްލުންތެރި ކުރުވީއެވެ.
-
57:15
فَٱلْيَوْمَ لَا يُؤْخَذُ مِنكُمْ فِدْيَةٌ وَلَا مِنَ ٱلَّذِينَ كَفَرُوا۟ ۚ مَأْوَىٰكُمُ ٱلنَّارُ ۖ هِىَ مَوْلَىٰكُمْ ۖ وَبِئْسَ ٱلْمَصِيرُ
Fal-Yawma laa- yuʹkhaẓu miñkum fidyatuñw walaa minal laẓeena kafaroo. Maʹwaakumun Naar: hiya maw-laakum: wa-biʹsal Maṣeer!
ދެންފަހެ މިއަދު ކަލޭމެންގެކިބައިން އެއްވެސްފިދުޔައެއް ނުހިފެވޭނެއެވެ. ޤަބޫލު ނުވެވޭނެއެވެ. އަދިކާފަރުންގެ އަތުންވިޔަސް (ޤަބޫލު ނުވެވޭނެއެވެ.) ކަލޭމެންގެ ޖާގަޔަކީނަރަކައެވެ. ކަލޭމެންގެ ސަހަރޯވެރިއަކީ އެއީއެވެ. ނުވަތަ ކަލޭމެނަށްއައުލާވެގެންވަނީ އެތަނެވެ. އެއީވާ ގޮސްތިބުން ނުބައިވެގެންވާ ތަނެކެވެ.
-
57:16
۞ أَلَمْ يَأْنِ لِلَّذِينَ ءَامَنُوٓا۟ أَن تَخْشَعَ قُلُوبُهُمْ لِذِكْرِ ٱللَّهِ وَمَا نَزَلَ مِنَ ٱلْحَقِّ وَلَا يَكُونُوا۟ كَٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلُ فَطَالَ عَلَيْهِمُ ٱلْأَمَدُ فَقَسَتْ قُلُوبُهُمْ ۖ وَكَثِيرٌ مِّنْهُمْ فَـٰسِقُونَ
ʹAlam yaʹni lil-laẓeena ʹaamanooo ʹañ takhshaʻa q̣uloobuhum liẓikril laahi wa-maa nazala minal Ḥaq̣q̣i wa-laa yakoonoo kallaẓeena ʹootul Kitaaba miñ q̣ablu faṭaala ʻalayhimul ʹamadu faq̣asat q̣uloobuhum? Wa-kas̤eerum minhum faasiq̣oon.
އަޅެފަހެ އީމާންވީ މީސްތަކުންނަށް އެމީހުންގެ ހިތްތައް الله ހަނދާންކުރުމަށް (ﷲ ގެ ޒިކުރުމަށް ބިރުވެތިވެ މައިތިރިވާން ގާތްވެގެން ނުވޭ ހެއްޔެވެ؟ އަދި މީގެކުރިން ފޮތްދެވުނުމީހުން ފަދައިން (يَهُودِي ންނާއި نَصَارَى އިންފަދައިން.) މިމީހުން (مُحَمّد ގެފާނަށް އީމާންވީމީހުން) ނުވާހުށިކަމެވެ! ފަހެ އެމީހުންގެމައްޗަށް (يَهُودِي ންނާއި نَصَارَى އިންގެމައްޗަށް) ދުވަސްތައް ދިގުވީއެވެ. ދެން ފަހެ އެމީހުންގެ ހިތްތައް ހަރުކަށިވީއެވެ. އަދި އެމީހުންކުރެ ގިނަމީހުންވީ ފާސިޤުންކަމުގައެވެ. (ﷲ ގެ ކިޔަމަނުން ނުކުތްބަޔަކު ކަމުގައެވެ.)
-
57:17
ٱعْلَمُوٓا۟ أَنَّ ٱللَّهَ يُحْىِ ٱلْأَرْضَ بَعْدَ مَوْتِهَا ۚ قَدْ بَيَّنَّا لَكُمُ ٱلْـَٔايَـٰتِ لَعَلَّكُمْ تَعْقِلُونَ
ʹIʻlamooo ʹannal laaha yuḥyil ʹarḍa baʻda mawtihaa! Q̣ad bayyannaa lakumul ʹAayaati laʻallakum taʻq̣iloon.
ކަލޭމެން ދަންނާށެވެ. ބިންގަނޑު މަރުވެފައި އޮތުމަށްފަހު ހަމަކަށަވަރުން الله تَعَالى އެބިންގަނޑުދިރުއްވައެވެ. ކަލޭމެން ބުއްދިކޮށް ފިކުރު ކުރޭތޯ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެންނަށް އާޔަތްތައް ބަޔާކޮށް ދެއްވައިފީމެވެ.\nދަންނައެވެ. ބިންގަނޑުމަރުވެފައި އޮއްވާ އެބިންގަނޑު ދިރުއްވައި ގަސްތައްފަޅުއްވައި ތާޒާކޮށްލެއްވި ކަލަކަށް މީސްތަކުން މަރުވުމަށްފަހު އެމީހުން ދެވަނަފަހަރަށް ދިރުއްވައި ފޮނުއްވުމަށް ދަތިނުވާނެކަން ސަލާމަތްބުއްދިހުރި ކޮންމެމީހަކަށް އެނގޭނެއެވެ.
-
57:18
إِنَّ ٱلْمُصَّدِّقِينَ وَٱلْمُصَّدِّقَـٰتِ وَأَقْرَضُوا۟ ٱللَّهَ قَرْضًا حَسَنًا يُضَـٰعَفُ لَهُمْ وَلَهُمْ أَجْرٌ كَرِيمٌ
ʹInnal Muṣṣaddiq̣eena wal-Muṣṣaddiq̣aati wa-ʹaq̣raḍul laaha Q̣arḍan ḥasanañy yuḍaaʻafu lahum wa-lahum ʹajruñ kareem.
ހަމަކަށަވަރުން صَدَقَة ކޮށް ހޭދަކުރާ ފިރިހެނުން ނާއި އަދި صَدَقَة ކޮށް ހޭދަކުރާ އަންހެނުން އަދި އެމީހުން ރަނގަޅުވެގެންވާ ދަރަންޏަކުން الله އަށް ދަރަނިދީ ހެދި މީހުން ދަންނައެވެ. އެމީހުންނަށް އެތައްގުނައަކަށް ثَوَابُ އިތުރު ކުރެވޭނެއެވެ. އަދި އެމީހުންނަށް ހުންނަހުރީ މާތްވެގެންވާ ދަރުމައެވެ
-
57:19
وَٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦٓ أُو۟لَـٰٓئِكَ هُمُ ٱلصِّدِّيقُونَ ۖ وَٱلشُّهَدَآءُ عِندَ رَبِّهِمْ لَهُمْ أَجْرُهُمْ وَنُورُهُمْ ۖ وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَحِيمِ
Wallaẓeena ʹaamanoo billaahi wa-rusulihee ʹulaaaʹika humuṣ Ṣiddeeq̣oona wash-Shuhadaaaʹu ʻiñda Rabbihim: lahum ʹAjruhum wa-Nooruhum. Wallaẓeena kafaroo wa-kaẓẓaboo biʹAayaatinaaa ʹulaaaʹika ʹAṣḥaabul Jaḥeem.
އަދި الله އަށާއި އެކަލާނގެ ރަސޫލުންނަށް އީމާންވީ މީސްތަކުން ކަނޑައެޅިގެން އެމީހުން އެއީ އެމީހުންގެ رَبُّ ގެ حَضْرَةُ ގައި صِدِّيْقُ ންނާއި ޝަހީދުންނެވެ. އެމީހުންނަށް އެމީހުންގެ ދަރުމަ ޔާއި އަދި އެމީހުންގެ ނޫރާއި / އެއަލިކަމާއި ހުންނަހުއްޓެވެ. އަދި ކާފަރުވީ މީސްތަކުން އަދި އެމީހުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް ހެދިމީހުން ދަންނައެވެ، އެމީހުން އެއީ ނަރަކައިގެ އެކުވެރިންނެވެ.
-
57:20
ٱعْلَمُوٓا۟ أَنَّمَا ٱلْحَيَوٰةُ ٱلدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌۢ بَيْنَكُمْ وَتَكَاثُرٌ فِى ٱلْأَمْوَٰلِ وَٱلْأَوْلَـٰدِ ۖ كَمَثَلِ غَيْثٍ أَعْجَبَ ٱلْكُفَّارَ نَبَاتُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصْفَرًّا ثُمَّ يَكُونُ حُطَـٰمًا ۖ وَفِى ٱلْـَٔاخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ ٱللَّهِ وَرِضْوَٰنٌ ۚ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَـٰعُ ٱلْغُرُورِ
ʹIʻlamooo ʹannamal ḥayaatud dunyaa laʻibuñw walahwuñw wazeenatuñw watafaakhurum baynakum wa-takaas̤uruñ fil ʹamwaali wal-ʹawlaad; Kamas̤ali g̣ays̤in ʹaʻjabal kuffaara nabaatuhoo s̤umma yaheeju fataraahu muṣfarrañ s̤umma yakoonu ḥuṭaamaa. Wa-fil ʹAakhirati ʻAẓaabuñ shadeeduñw wa-Mag̣firatum minal laahi wa-Riḍwaan. Wa-mal ḥayatud dun-yaaa ʹillaa mataaʻul g̣uroor?
(އޭމީސްތަކުންނޭވެ!) ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން ދުނިޔޭގެ حَيَاة އަކީ ކުޅިވަރާއި آخِرَة ހަނދާންނައްތައިލާ ޒާތުގެ ކަންތައްތަކާއި އަދި ޒީނަތް ތެރިވުންގަނޑެކެވެ. އަދި ކަލޭމެން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް فَخْرُ ވެރިވުމަކާއި އަދި އެކަކު އަނެކަކަށްވުރެ މުދަލާއި ދަރީނުން ގިނަކުރުމާއި އެވެ. އެއީ ވާރޭވިލާގަނޑެއްގެމިސާލެވެ. (އެވިލާގަނޑުން ފެންވެހިގެން ދަނޑުގެ ގަސްތައްހެދި ފައްކާވެގެންގޮސް ދަނޑުވެރިން އޭނާގެ ދަނޑުގެ ގަސްތަކާއިމެދު ޢަޖާއިބު ކޮށްލި ވިލާގަނޑެކެވެ. ދެން އެގަސްތައް އެހެންހުރެފާ ހިކިގެންގޮސް ދެން ދޮންވެފައިވަނިކޮށް ކަލޭދެކޭނެއެވެ. ދެން އެގަސްތައް ހިކިގެންގޮސް ކުނިތަކަކަށްވެދެއެވެ. އަދި آخرَة ގައި ގަދަވެގެންވާ ޢަޒާބެވެ. އަދި ﷲ ގެ حَضْرَةُ ގައިވާ ފާފަފުއްސެވުމާއި އަދި އެކަލާނގެ ރުހިވޮޑިގަތުމާއެވެ. އަދި ހެއްލުންތެރިކުރުވާ ކުޑައަރާމުކޮޅެއްކަމުގައި މެނުވީ ދުނިޔޭގެ حَيَاة ނުވެއެވެ.
-
57:21
سَابِقُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ ٱلسَّمَآءِ وَٱلْأَرْضِ أُعِدَّتْ لِلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦ ۚ ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ
Saabiq̣ooo ʹilaa Mag̣firatim mir Rabbikum wa-Jannatin ʻarḍuhaa kaʻarḍis samaaaʹi wal-ʹarḍi ʹuʻiddat lillaẓeena ʹaamanoo billaahi wa-rusulih: ẓaalika Faḍlul laahi yuʹteehi mañy yashaaaʹ: wal-laahu Ẓul Faḍlil ʻAḍeem.
ކަލޭމެންގެ رَبُّ حَضْرَةُ ންވާ ފާފަ ފުއްސެވުމަށާއި އަދި އެތާގެ ފުޅާމިން އުޑާއި ބިމުގެ ފުޅާ މިން ފަދަ ތަނަވަސް ސުވަރު ގެއަށް ކަލޭމެން ވާދަކޮށްފައި ދާށެވެ. އެތަންތައްޔާރު ކުރެވިފައިވަނީ الله އާއި އެކަލާނގެ ރަސޫލުންނަށް އީމާންވީ މީހުންނަށެވެ. އެއީ ﷲ ގެ فَضْلُ ވަންތަކަމެވެ. (އޯގާވަންތަކަމެވެ.) އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ އެކަންދެއްވައެވެ. އަދި الله އީ ބޮޑުވެގެންވާ فَضْلُ ވަންތަކަމުގެވެރި ކަލާނގެއެވެ. (އޯގާވަންތަކަ މުގެވެރި ކަލާނގެއެވެ.)
-
57:22
مَآ أَصَابَ مِن مُّصِيبَةٍ فِى ٱلْأَرْضِ وَلَا فِىٓ أَنفُسِكُمْ إِلَّا فِى كِتَـٰبٍ مِّن قَبْلِ أَن نَّبْرَأَهَآ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ
Maaa ʹaṣaaba mim muṣeebatiñ fil ʹarḍi wa-laa feee ʹañfusikum ʹillaa fee kitaabim miñ q̣abli ʹan nabraʹahaa: ʹinna ẓaalika ʻalal laahi yaseer:
ބިމުގައި ވިޔަސް އަދި ކަލޭމެންގެ ނަފުސުތަކުގައި ވިޔަސް އެއްވެސް مُصِيْبَةُ އެއް އެ مُصِيْبَةُ އެއް ޖެއްސެވުމުގެ ކުރިން ފޮތެއްގައި ލިޔެވިގެންވާމެނުވީ (لَوحُ المَحْفُوظُ ގައިވާމެނުވީ) ނުޖެހެއެވެ. (އެބަހީ ކޮންމެ ކަމަކީވެސް އެކަލާނގެ އަޒަލީ ދެނެވޮޑިގަތުން ނިޔާކުރާގޮތުގެމަތީ لَوحُ المَحْفُوظُ ގައި ލިޔެވި ފޮޅުވަތް ދެމިގެންވާކަން ކަމެވެ.) ހަމަކަށަވަރުން އެކަން އެއީﷲ ގެ حَضْرَةُ އަށް ދާދި ފަސޭހަ ކަމެއްކަމުގައި ވެއެވެ.
-
57:23
لِّكَيْلَا تَأْسَوْا۟ عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا۟ بِمَآ ءَاتَىٰكُمْ ۗ وَٱللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ
Likaylaa taʹsaw ʻalaa maa- faatakum wa-laa tafraḥoo bimaaa ʹaataakum. Wallaahu laa- yuḥibbu kulla mukhtaaliñ fakhoor,―
އެއީ ކަލޭމެންގެ ކިބައިން ވެދިޔަ ކަންތަކުގެމައްޗަށް ކަލޭމެން ހިތާމަ ނުކުރުމަށެވެ. އަދި އެކަލާނގެ ކަލޭމެންނަށް ދެއްވިތަކެއްޗަށް ކަލޭމެން އުފާ ވެސް ނުކުޅައުމަށެވެ. އަދި ބޮޑާވެ فَخْرُ ވެރިވާ އެއްވެސް މީހަކަށް الله ލޯބިވެ ވޮޑި ނުގަންނަވައެވެ.
-
57:24
ٱلَّذِينَ يَبْخَلُونَ وَيَأْمُرُونَ ٱلنَّاسَ بِٱلْبُخْلِ ۗ وَمَن يَتَوَلَّ فَإِنَّ ٱللَّهَ هُوَ ٱلْغَنِىُّ ٱلْحَمِيدُ
ʹAllaẓeena yabkhaloona wa-yaʹmuroonan naasa bil-bukhl. Wa-mañy yatawalla faʹinnal laaha Huwal G̣aniyyul Ḥameed.
އަދި بَخِيْلُ ވާމީހުން އަދި އެމީހުން މީސްތަކުންނަށް بَخِيْلُ ވުމަށް އަމުރު ކުރާ މީހުން އަދި (ހޭދަނުކޮށް) އެނބުރި ފުރަގަސްދީފިމީހުން ދަންނައެވެ. މިއިން އެއްވެސްމީހެއްގެ އެއްވެސްޢަމަލަކުން ﷲ ގެ حَضْرَةُ އަށް އެއްވެސް ގެއްލުމެއްނެތެވެ. މިހެނީ ހަމަކަށަވަރުން الله تَعَالَى އީ އަމިއްލަ ޒާތުފުޅާއިގެން ފުދިވޮޑިގެންވާ އަދި حَمْدُ އާއި ތާރީފު ލިބިވޮޑިގެންވާ ކަލާނގެއެވެ.
-
57:25
لَقَدْ أَرْسَلْنَا رُسُلَنَا بِٱلْبَيِّنَـٰتِ وَأَنزَلْنَا مَعَهُمُ ٱلْكِتَـٰبَ وَٱلْمِيزَانَ لِيَقُومَ ٱلنَّاسُ بِٱلْقِسْطِ ۖ وَأَنزَلْنَا ٱلْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَـٰفِعُ لِلنَّاسِ وَلِيَعْلَمَ ٱللَّهُ مَن يَنصُرُهُۥ وَرُسُلَهُۥ بِٱلْغَيْبِ ۚ إِنَّ ٱللَّهَ قَوِىٌّ عَزِيزٌ
Laq̣ad ʹarsalnaa rusulanaa bil-Bayyinaati wa-ʹañzalnaa maʻahumul Kitaaba wal-Meezaana liyaq̣ooman naasu bilq̣isṭ; wa-ʹañzalnal ḤADEEDA feehi baʹsuñ shadeeduñw wamanaafiʻu linnaasi wa-liyaʻlamal laahu mañy yañṣuruhoo wa-rusulahoo bil-G̣ayb: ʹinnal laaha Q̣awiyyun ʻAzeez.
ހަމަކަށަވަރުން ތިމަންރަސްކަކަލާނގެ ރަސޫލުބޭކަލުން ބަޔާންވެގެންވާ ދަލީލުތަކާއިގެން ތިމަންރަސްކަކަލާނގެ ފޮނުއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެބޭކަލުންނާއި އެކު ފޮތާއި މީޒާން ނުވަތަ عَدْلُ ވެރިކަން ބާވާތްލެއްވީމެވެ. އެއީ މީސްތަކުން عَدْلُ ވެރިކަން ޤާއިމު ކުރުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ ދަގަޑު ބާވާތްލެއްވީމެވެ. އޭގައި ގަދަފަދަ ބާރުވެއެވެ. އަދި މީސްތަކުންނަށްވާ ފައިދާވެއެވެ. އަދި އެއީ غَيْبُ ގައި / ނުފެނި އެކަލާނގެއަށާއި އެކަލާނގެ ރަސޫލުންނަށް نَصْرُ ދެނީ ކޮންބައެއްކަން الله ދެނެވޮޑިގެންވާކަން އެންގެވުމަށްޓަކައެވެ. ހަމަކަށަވަރުން الله تَعَالَى އީ ގަދަފަދަވަންތަ އަދި عِزَّة ވަންތަ ކަލާނގެއެވެ.
-
57:26
وَلَقَدْ أَرْسَلْنَا نُوحًا وَإِبْرَٰهِيمَ وَجَعَلْنَا فِى ذُرِّيَّتِهِمَا ٱلنُّبُوَّةَ وَٱلْكِتَـٰبَ ۖ فَمِنْهُم مُّهْتَدٍ ۖ وَكَثِيرٌ مِّنْهُمْ فَـٰسِقُونَ
Wa-laq̣ad ʹarsalnaa Nooḥañw WaʹIbraaheema wa-jaʻalnaa fee ẓurriyatihiman Nubuwwata wal-kitaaba faminhum muhtad, wa-kas̤eerum minhum faasiq̣oon.
އަދި ހަމަކަށަވަރުން نُوحُ عَلَيْه السلام އާއި إبْرَاهِيم عَلَيْه السلام ތިމަރަސްކަލާނގެ ފޮނުއްވީމެވެ. އަދި އެދެބޭކަލުންގެ ދަރިފަސްކޮޅުގައި ނަބީކަމާއި އަދި ފޮތް ތިމަރަސްކަލާނގެ ލެއްވީމެވެ. ފަހެ އެމީހުންގެ ތެރޭގައި ތެދުމަގު ލިބުނު މީހުން ވެއެވެ. އަދި އެމީހުންކުރެ ގިނަމީހުންނީ ފާސިޤުންނެވެ. (ﷲ ގެ ކިޔަމަނުން ނުކުތްމީހުންނެވެ.)
-
57:27
ثُمَّ قَفَّيْنَا عَلَىٰٓ ءَاثَـٰرِهِم بِرُسُلِنَا وَقَفَّيْنَا بِعِيسَى ٱبْنِ مَرْيَمَ وَءَاتَيْنَـٰهُ ٱلْإِنجِيلَ وَجَعَلْنَا فِى قُلُوبِ ٱلَّذِينَ ٱتَّبَعُوهُ رَأْفَةً وَرَحْمَةً وَرَهْبَانِيَّةً ٱبْتَدَعُوهَا مَا كَتَبْنَـٰهَا عَلَيْهِمْ إِلَّا ٱبْتِغَآءَ رِضْوَٰنِ ٱللَّهِ فَمَا رَعَوْهَا حَقَّ رِعَايَتِهَا ۖ فَـَٔاتَيْنَا ٱلَّذِينَ ءَامَنُوا۟ مِنْهُمْ أَجْرَهُمْ ۖ وَكَثِيرٌ مِّنْهُمْ فَـٰسِقُونَ
S̤umma q̣affaynaa ʻalaaa ʹaas̤aarihim̃ birusulinaa wa-q̣affaynaa biʻEesab ni Maryama wa-ʹaataynaahul ʹIñjeel; wa-jaʻalnaa fee q̣uloobil laẓeenat tabaʻoohu Raʹfatañw Wa-Raḥmah. Wa-Rahbaaniyyatan ibtadaʻoohaa maa- katabnaahaa ʻalayhim ʹillab tig̣aaaʹa Riḍwaanil laahi famaa raʻawhaa ḥaq̣q̣a riʻaayatihaa. Faʹaataynal laẓeena ʹaamanoo minhum ʹajrahum, wa-kas̤eerum minhum faasiq̣oon.
އެބޭކަލުންގެ އަސަރުތަކުގެ މައްޗަށް (އެބޭކަލުންގެ ފަހަށް) ދެން ތިމަން ރަސްކަލާނގެ ތިމަން ރަސްކަލާނގެ ރަސޫލުން ވިދި ވިދި ގެން تَبَعَ ކުރެއްވީމެވެ. (ފޮނުއްވީމެވެ.) އަދި مريم ގެފާނުންގެދަރިކަލުން عِيْسى عَلَيْه السلام ވެސް ތިމަން ރަސްކަލާނގެ تَبَعَ ކުރެއްވީމެވެ. (ފޮނުއްވީމެވެ.) އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް إنْجِيْلُ ދެއްވީމެވެ.\nއަދި އެކަލޭގެފާނަށް ތަބާވީމީހުންގެ ހިތްތަކުގައި އޯގާވެރިކަމާއި رحْمَة އަދި رَهْبَانِيَّةُ (شَهْوَة ތަކަށް ބިރުވެތިވުން) ތިމަންރަސްކަލާނގެ ލެއްވީމެވެ. އެމީހުން އެކަން އެބަހީ رَهْبَانِيَّةُ (شَهْوَة ތަކަށް ބިރުވެތިވުން) އަމިއްލައަށް އުފެއްދީ އެވެ. ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް އެކަން فَرْضُ ނުކުރައްވަމެވެ. އެމީހުން އެކަންކުރީ ﷲ ގެ ރުއްސެވުން ލިބުމަށް އެދިގެންނެވެ. ފަހެއެމީހުން އެކަމަށް ފަރުވާތެރި ވުން ޙައްޤުވާވަރަށް ފަރުވާތެރި ނުވިއެވެ. ދެންފަހެ އެމީހުންގެތެރެއިން އީމާންވީމީސްތަކުންނަށް އެމީހުންގެ ދަރުމަ ތިމަންރަސްކަލާނގެ ދެއްވީމެވެ. އަދި އެމީހުންކުރެ ގިނަމީހުންވީ ފާސިޤުންކަމުގައެވެ.
-
57:28
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَءَامِنُوا۟ بِرَسُولِهِۦ يُؤْتِكُمْ كِفْلَيْنِ مِن رَّحْمَتِهِۦ وَيَجْعَل لَّكُمْ نُورًا تَمْشُونَ بِهِۦ وَيَغْفِرْ لَكُمْ ۚ وَٱللَّهُ غَفُورٌ رَّحِيمٌ
Yaaaʹayyuhal laẓeena ʹaamanut taq̣ul laaha wa-ʹaaminoo bi-Rasoolihee yuʹtikum kiflayni mir Raḥmatihee wa-yajʻal lakum Noorañ tamshoona bihee wa-yag̣fir lakum: wallaahu G̣afoorur Raḥeem:
އޭއީމާން ވެއްޖެމީސްތަކުންނޭވެ. ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ. އަދި ކަލޭމެން އީމާންވާށެވެ. އެކަލާނގެ ރަސޫލާއަށް (އެބަހީ مُحَمَّد صَلّى الله عَلَيهِ وَسَلم އަށް) އީމާންވާށެވެ. އޭރުން އެކަލާނގެ ކަލޭމެނަށް އެކަލާނގެ رَحْمَةُ ން ދެބައި ދެއްވާނެއެވެ. އަދި އޭގެ އަލީގައި ކަލޭމެން ހިގާނޭ ނޫރެއް އެކަލާނގެ ކަލޭމެނަށް ލައްވާނެތެވެ. އަދި އެކަލާނގެ ކަލޭމެނަށް ފުއްސަވާނެތެވެ. އަދި ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ رَحْمَةُ ލެއްވުން ބޮޑުވެގެންވާ ކަލާނގެ އެވެ.
-
57:29
لِّئَلَّا يَعْلَمَ أَهْلُ ٱلْكِتَـٰبِ أَلَّا يَقْدِرُونَ عَلَىٰ شَىْءٍ مِّن فَضْلِ ٱللَّهِ ۙ وَأَنَّ ٱلْفَضْلَ بِيَدِ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ
Liʹallaa yaʻlama ʹAhlul Kitaabi ʹallaa yaq̣diroona ʻalaa shayʹim miñ Faḍlil laahi wa-ʹannal Faḍla biyadil laahi yuʹteehi mañy yashaaaʹ. Wallaahu Ẓul Faḍlil ʻAz̤̣eem.
އަދި أهْلُ كِتَابُ ން (يَهُودِي ން ނާއި نَصَارِى އިން) އެމީހުންނަށް ﷲ ގެ فَضْلُ ވަންތަކަމުގެ ތެރެއިން އެއްވެސް ކަމަކަށް / އެއްވެސް އެއްޗަކަށް ކުޅަދާނަވެގެން ނުވާކަން އެމީހުން ދެނެގަތުމަށްޓަކައެވެ. (ނުވަތަ ދެނެގަތުން ހުއްޓެވެ.) އަދި ހަމަކަށަވަރުން އެންމެހައި فَضْلُ ވަންތަ ވެރިކަންވަނީ ﷲ ގެ އަތްޕުޅުގައި ކަމާއި އެކަލާނގެ އެދިވޮޑިގަންނަވާއަޅަކަށް އެކަލާނގެ އެދެއްވާނެކަން އެމީހުން ދެނެގަތުން ހުއްޓެވެ. އަދި ﷲ އީ ބޮޑުވެގެންވާ فَضْلُ ވަންތަ ކަމުގެވެރި ކަލާނގެ ކަން ވެސް އެމީހުން ދެނެގަތުން ހުއްޓެވެ.