Back to Quran

ސޫރަތްތައް 52

At-Tur

The Mount · Makki · 49 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    وَٱلطُّورِ

    Wat-Ṭoor;

    طور ފަރުބަދަ ގަންދެއްވައި ﷲ تعالى ހުވައި وحِى ކުރައްވައެވެ. (طور ފަރުބަދައަކީ سيناء އެވެ. ކިޔާ ތާނގައި އޮންނަ ފަރުބަދައެކެވެ. އެ ފަރުބަދަ مشهور ވެފައި ވަނީ موسى عليه السلام‎ އެ ފަރުބަދަ މަތީގައި ނުވަތަ އެތާ ގާތުގައި ހުންނަވަނިކޮށް ﷲ تعالى އެކަލޭގެފާނަށް وحِى ބާވާތްލެއްވުމުންނެވެ. އަދި އެ ފަރުބަދައަށް ﷲ تجلى ވެވޮޑިގަތުމުންނެވެ.) والله أعلم\nދަންނައެވެ. ﷲ އެދިވޮޑިގެންނެވި ކޮންމެ އެއްޗެއް ގަންދެއްވައި ހުވައިކުރެއްވުމީ ﷲ تعالى ގެރަސްކަން ފުޅަށް جائز ކަމެކެވެ. އެކަމަކު އެކަލާނގެ مخلوق ންނަށް ﷲ ގަންދީ، ނުވަތަ އެކަލާނގެ إسم ފުޅެއް ނުވަތަ صفة އެއް ގަންދީނޫނީ ހުވައިކުރުން ހުއްދަވެގެން ނުވެއެވެ. جائز ވެގެން ނުވެއެވެ.

  2. 2

    وَكِتَـٰبٍ مَّسْطُورٍ

    Wa-Kitaabim masṭoor

    އަދި ލިޔެވިގެންވާ ފޮތް ގަންދެއްވައި ﷲ تعالى ހުވައި وحِى ކުރައްވައެވެ.

  3. 3

    فِى رَقٍّ مَّنشُورٍ

    Fee Raq̣q̣im mañshoor;

    އެފޮތަކީ ތުނި، ރީތި ހަމުގައި ލިޔެވިފައިވާ ފޮތެކެވެ.\nދަންނައެވެ. މި ދެއާޔަތުގައި ސިފަކުރައްވާފައިވާ ފޮތަކާމެދު تفسير علم ވެރީންގެ ބަސް ތަފާތުވެގެން ވެއެވެ. އެއީ لوح المحفوظ ކަމުގައި— قرآن ކަމުގައި - ނުވަތަ ﷲ ބާވައިލެއްވި ހުރިހާ ފޮތެއް ކަމުގައި - ނުވަތަ موسى عَليه السلام އަށް ބާވައިލެއްވި لوح ތައް ކަމުގައި - ނުވަތަ ދެ މަލާއިކަތް ބޭކަލުން ލިޔުއްވާ ދެ ފަތް ކަމުގައި - ނުވަތަ ކަމުގައި ބުނެވެއެވެ. މި ހުރިހާ ގޮތްގޮތަށް ބުނެވިފައި އެބަ ހުއްޓެވެ. ގިނަ ބޭކަލުން ބުރަވެލައްވަނީ ކީރިތި — قرآن ކަމަށެވެ. والله أعلم.

  4. 4

    وَٱلْبَيْتِ ٱلْمَعْمُورِ

    Wal-Baytil maʻmoor;

    بيت المعمور ގަންދެއްވައި ﷲ تعالى ހުވައި وحِى ކުރައްވައެވެ. (بيت المعمور އަކީ: ހަތްވަނައުޑުގައިވާ ގެފުޅެވެ. އެއީ ملائكة ބޭކަލުންގެ ގެފުޅެވެ. އެތަނަށް ކޮންމެ ދުވަހަކު ހަތްދިހަހާސް މަލާއިކަތް ބޭކަލުން ވެދެވަޑައިގަންނަވާ ކަމުގައި ވެއެވެ. އަދި އެއްދުވަހު ވެދެވަޑައިގަތް ބޭކަލަކު ދެން ވެދެވަޑައި ނުގަންނަވާ ކަމުގައި ވެއެވެ. އެތަން ހުންނަނީ ބިމުގައި ހުންނަ كعبة الله އާހަމަ ދިމާގައި ކަމުގައި ވެއެވެ. މި خبر ތައް صحّ މަގުން حديث ގައި ވާރިދުވެގެން އައިސްފައި ވެއެވެ.) والله أعلم.

  5. 5

    وَٱلسَّقْفِ ٱلْمَرْفُوعِ

    Was-Saq̣fil marfooʻ;

    އަދި އުފުލިގެންވާ ފުރާޅު يعني އުޑު ގަންދެއްވައި ﷲ تعالى ހުވައި وحِى ކުރައްވައެވެ.

  6. 6

    وَٱلْبَحْرِ ٱلْمَسْجُورِ

    Wal-Baḥril masjoor;

    އަދި އަލިފާން ރޯވާ ކަނޑު ނުވަތަ ފުރިފައިވާ ކަނޑު ގަންދެއްވައި ﷲ ހުވައި وحِى ކުރައްވައެވެ.\nދަންނައެވެ. قيامة ދުވަހުން ކަނޑުގައި އަލިފާން ރޯވެ އަނދާނޭ ކަމުގައި قرآن ގެ އެހެން آية އަކުންވެސް دليل ކުރެއެވެ. އެއީ (وَإذَاالْبِحارُ سُجِّرَتْ) މިއެވެ.

  7. 7

    إِنَّ عَذَابَ رَبِّكَ لَوَٰقِعٌ

    ʹInna ʻAẓaaba Rabbika lawaaq̣iʻ;―

    (އިސްވެދިޔަ ހުރިހާ ހުވައިގެ ޖަވާބަކީ ނުވަތަ އެ ހުވައިން މުރާދުކުރެވެނީ) ހަމަކަށަވަރުން (އޭ رسول الله އެވެ.) ކަލޭގެފާނުންގެ رب ގެ عذاب އަކީ ކަނޑައެޅިގެން ހަމަ يقين ންވެސް އޮންނާނޭ އެއްޗެކެވެ. (قيامة ދުވަހުން އެ عذاب حق ވެއްޖެ ބަޔަކަށް އެ عذاب ނުޖެހި ނުދާނޭ ކަމީ ކަށަވަރު ކަމެކެވެ. އެ ހުރިހާ އެއްޗެއް ގަންދެއްވައި ﷲ تعالى އެ ހުވައި وحي ކުރައްވާ ކަމަކީ يقين ކަމެކެވެ. އެންމެހާ އަޅުތަކުން އެކަމަށް ބިރުވެތިވެ އެ عذاب ން ސަލާމަތް ވޭތޯ މަސައްކަތްކުރުން ކޮންމެހެން وَاجِبُ ވެގެން ވެއެވެ. އެ عذاب دفاع ކުރެވޭނޭ އެކަކުވެސް ނުވެއެވެ.

  8. 8

    مَّا لَهُۥ مِن دَافِعٍ

    Maa- lahoo miñ daafiʻ;―

    އެ عذاب دفاع ކުރެވޭނޭ އެކަކުވެސް ނުވެއެވެ. (އެ عذاب އަކީ ﷲ ގެ حضرة ން އަންނަ عذاب އެއް ކަމުގައި ވީ ހިނދުން އެކަލާނގެ މެނުވީ އެ عذاب دفاع ކޮށްލެވޭނޭ ހަމަ އެކަކުވެސް ނުވެއެވެ.

  9. 9

    يَوْمَ تَمُورُ ٱلسَّمَآءُ مَوْرًا

    Yawma tamoorus samaaaʹu mawraa,

    އެދުވަހަކީ يعني އެ عذاب އަންނަ ދުވަހަކީ އުޑު ތެޅިގަނެ حركاة ކޮށް ކުދިކުދިވާ ދުވަހެވެ. އަދި އޭގެ މަގާމުން ނެއްޓިގެންދާ ދުވަހެވެ.

  10. 10

    وَتَسِيرُ ٱلْجِبَالُ سَيْرًا

    Wa-taseerul jibaalu sayraa.

    އަދި ފަރުބަދަތައް ހުރި ތަންތަނުން ވަކިވެ ވަޔަށް ބުރައިގެންދާނޭ ދުވަހެވެ. އެއީ قيامة ދުވަހެވެ.

  11. 11

    فَوَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

    Fawayluñy Yawmaʹiẓil lil-mukaẓẓibeen;―

    ދޮގުވެރީންނަށް އެދުވަހުން ويل ހުއްޓެވެ. ނަރަކައިގެ ގަދަ عذاب ހުއްޓެވެ.

  12. 12

    ٱلَّذِينَ هُمْ فِى خَوْضٍ يَلْعَبُونَ

    ʹAllaẓeena hum fee khawḍiñy yalʻaboon.

    އެ ދޮގުވެރީންނަކީ ކަނޑައެޅިގެން باطل ގެ ތެރޭގައި ދެފުށުއެޅިއެޅި ތިބޭ މީހުންނެވެ. (محمّد ގެފާނާމެދު ދޮގުހަދާ، މަލާމާތްކޮށް، ءاخرة ހަނދާން ނައްތާލާ، ދުނިޔޭގެ މަޖަލުގެ ތެރެއަށް ފީނައިގަނެގެން ތިބި މީހުންނެވެ.)

  13. 13

    يَوْمَ يُدَعُّونَ إِلَىٰ نَارِ جَهَنَّمَ دَعًّا

    Yawma yudaʻʻoona ʹilaa Naari Jahannama daʻ-ʻaa.

    އެދުވަހުން (އެ ދޮގުވެރީން) އެމީހުން ނަރަކައިގެ އަލިފާނުގެ ތެރެއަށް ކޮއްޕަމުން، ގަޅުވަމުން ގަދަފަދަކަމާއެކު ގެންދެވޭނެއެވެ.

  14. 14

    هَـٰذِهِ ٱلنَّارُ ٱلَّتِى كُنتُم بِهَا تُكَذِّبُونَ

    Haaẓihin Naarul latee kuñtum̃ bihaa tukaẓẓiboon!

    (އަދި އެދުވަހުން އެމީހުންނަށް ގޮވޭނެއެވެ.) މި އަލިފާނަކީ، (ކަލޭމެން ވަދެ ތިޔަ ތިބި އަލިފާނަކީ، ދުނިޔޭގައި ކަލޭމެން އުޅުނުއިރު) އެ އަލިފާން ދޮގުކުރި ކަމުގައިވީ އަލިފާނެވެ.

  15. 15

    أَفَسِحْرٌ هَـٰذَآ أَمْ أَنتُمْ لَا تُبْصِرُونَ

    ʹAfasiḥrun haaẓaaa ʹam ʹañtum laa- tubṣiroon?

    އަޅެ ފަހެ ތިޔައީ سحر އެއް ހެއްޔެވެ؟ (رسول ބޭކަލުންނާއި، އެބޭކަލުންގެ ފޮތްތަކާމެދު ކަލޭމެން ބުނެއުޅުނީ سحر ކަމަށެވެ.) ނުވަތަ ކަލޭމެންނަށް ނުފެންނަނީ ހެއްޔެވެ؟ (ދުނިޔޭގައި ކަލޭމެން حقّ ން އަނދިރިވެގެންވީ ފަދައިން މިއަދުވެސް ވަނީ އަނދިރިވެގެން ހެއްޔެވެ؟ މިފާޑުގެ ހުރިހާ ބަސްތަކެއް އެމީހުންނަށް މަލާމާތުގެ ގޮތުންނާއި، عذاب އިތުރު ކުރެއްވުމުގެ ގޮތުން އެމީހުންނަށް އިއްވޭނެއެވެ.)

  16. 16

    ٱصْلَوْهَا فَٱصْبِرُوٓا۟ أَوْ لَا تَصْبِرُوا۟ سَوَآءٌ عَلَيْكُمْ ۖ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ

    ʹIṣlawhaa faṣbirooo ʹaw laa- taṣbiroo: sawaaaʹun ʻalaykum: ʹinnamaa tujzawna maa- kuñtum taʻmaloon.

    ކަލޭމެން އެ ނަރަކައަށް ވަންނާށެވެ. އަދި އެތާނގެ ހޫނުކަމާއި، ގަދަ عذاب ގެ ރަހަ ލިބިގަންނާށެވެ. ފަހެ ކަލޭމެން ކެތްކުރިޔަސް ނުވަތަނުކުރިޔަސް ކަލޭމެން އެ عذاب تحمّل ކުރާށެވެ. އެ ދެގޮތްވެސް ކަލޭމެންގެ މައްޗަށް ހަމަހަމަވެގެން ވެއެވެ. ހަމަ ކަށަވަރުން ކަލޭމެންނަށް عذاب ލިބެމުން ތިޔަ ދަނީ ކަލޭމެން ދުނިޔޭގައި ތިބެގެން ކުރަމުންދިޔަ ކަންތަކުގެ ސަބަބުންނެވެ.

  17. 17

    إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍ وَنَعِيمٍ

    ʹInnal Muttaq̣eena Fee Jannaatiñw Wa-Naʻeem,―

    ހަމަކަށަވަރުން تقوى ވެރީން قيامة ދުވަހުން ވާނީ ބަގީޗާތަކާއި، އެބަހީ ސުވަރުގެތަކާއި، نعمة ތަކުގައެވެ. (މާތްވެގެންވާ ސުވަރުގޭގެ ކޮޓަރި ކޮޅުތަކުގައި ﷲ އެބައިމީހުންނަށް ދެއްވާ ދަރުމަކުރެއްވި عدد ނުވެވޭހައި ގިނަގުނަ نعمة ގައެވެ.)

  18. 18

    فَـٰكِهِينَ بِمَآ ءَاتَىٰهُمْ رَبُّهُمْ وَوَقَىٰهُمْ رَبُّهُمْ عَذَابَ ٱلْجَحِيمِ

    Faakiheena bimaaa ʹaataahum rabbuhum wa-waq̣aahum Rabbuhum ʻAẓaabal Jaḥeem.

    އަދި އެބައިމީހުންގެ ربّ އެބައިމީހުންނަށް ދެއްވި މާތްވެގެންވާ ބުއިންތަކާއި، ކެއުންތަކުން لذّة حاصل ކޮށްކޮށެވެ. އަދި ނަރަކައިގެ އެކި ވަންނިވަންނީގެ عذاب ން އެމީހުންގެ ربّއެމީހުން ސަލާމަތްކުރެއްވިއެވެ.

  19. 19

    كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَا كُنتُمْ تَعْمَلُونَ

    Kuloo washraboo haneeeʹam bimaa kuñtum taʻmaloon.

    (އަދި އެދުވަހުން އެމީހުންނަށް ނިދާ އިއްވޭނެއެވެ.) ކަލޭމެން ތަނަވަސްކަމާއި، ހިތްފަސޭހަކަމާއެކު ކައިބޮއި ހަދަމުން ގެންދާށެވެ. އެއީ ކަލޭމެން (ދުނިޔޭގައި ތިބެގެން) ކުރަމުން ގެންދިޔަ ހެޔޮ عمل ތަކުގެ ސަބަބުންނެވެ.

  20. 20

    مُتَّكِـِٔينَ عَلَىٰ سُرُرٍ مَّصْفُوفَةٍ ۖ وَزَوَّجْنَـٰهُم بِحُورٍ عِينٍ

    Muttakiʹeena ʻalaa sururim maṣfoofah: wa-zawwaj-naahum̃ biḥoorin ʻeen.

    އެމީހުން އެ ސުވަރުގޭގައި ތިބޭއިރު ތިބޭނީ ސަފުސަފަށް އެތުރިފައި ހުންނަ ރީތި ސޯފާ އެނދުތަކުގައި ލެނގިލައިގެން عزّة ތެރިކަމާއި އުފާވެރިކަމާ އެކުގައެވެ. އަދި ތިމަން ރަސްކަލާނގެ އެމީހުންނަށް ރިވެތިވެގެންވާ، މާތްވެގެންވާ حورالعين ން (ކާވެނިކޮށްދެއްވާ) ގުޅައިދެއްވާހުށީމެވެ.

  21. 21

    وَٱلَّذِينَ ءَامَنُوا۟ وَٱتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَـٰنٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَآ أَلَتْنَـٰهُم مِّنْ عَمَلِهِم مِّن شَىْءٍ ۚ كُلُّ ٱمْرِئٍۭ بِمَا كَسَبَ رَهِينٌ

    Wallaẓeena ʹaamanoo wattabaʻathum ẓurriyyatuhum̃ biʹeemaanin ʹalḥaq̣naa bihim ẓurriyyatahum wa-maaa ʹalatnaahum min ʻamalihim miñ shayʹ: kullum riʹim bimaa kasaba raheen.

    އަދި إيمان ވެގެން ތިބި مؤمن ންނާ، އެބައިމީހުންގެ إيمان ވި ދަރިފަސްކޮޅު ތަބާވާ ހުއްޓެވެ. (އެބަހީ ދަރިފަސްކޮޅުގެ إيمان ކަން ދެރަވެފާ ضعيف ނަމަވެސް އެމީހުންގެ ސުވެރުގޭގައި ތިބި މައިންބަފައިންނާ ބައްދަލުވާ ހުއްޓެވެ. އެއީ އެމީހުންނަށް ދެއްވާ މާތްކަމެކެވެ. އުފާވެރިކަން ފުރިހަމަވުމަށް ޓަކައެވެ. އެހެންވެ ﷲ تعالى وحِى ކުރައްވައެވެ.) އެމީހުންނާއި، يعني ސުވަރުގޭގައި ތިބި مؤمن ންނާއި، އެމީހުންގެ ދަރިފަސްކޮޅު ތިމަން ރަސްކަލާނގެ ގުޅުވައިދެއްވައި، ބައްދަލުކޮށްދެއްވާ ހުށީމެވެ. އަދި އޭގެ ސަބަބުން އެ مؤمن މައިންބަފައިންގެ ثواب އާއި، ދަރުމައިގެ ތެރެއިން އެއްވެސް އެއްޗެއް މަދުނުވާ ހުއްޓެވެ. ކޮންމެ މީހަކުވެސް އެމީހަކު ކުރި عمل އަކާއެކު مسئول ވެގެން ވެއެވެ. ބަނދެވިގެން ވެއެވެ.

  22. 22

    وَأَمْدَدْنَـٰهُم بِفَـٰكِهَةٍ وَلَحْمٍ مِّمَّا يَشْتَهُونَ

    Wa-ʹamdadnaahum̃ bifaakihatiñw walaḥmim mimmaa- yashtahoon.

    އަދި ތިމަން ރަސްކަލާނގެ އެމީހުންނަށް ސުވަރުގޭގައި މޭވާގެ ބާވަތްތައް ދެއްވާހުށީމެވެ. އަދި އެމީހުން ކާހިތްވާ އަދި އެދޭ ޒާތުގެ މަސްވެސް އެތާނގައި އެމީހުންނަށް ދެއްވާހުށީމެވެ.

  23. 23

    يَتَنَـٰزَعُونَ فِيهَا كَأْسًا لَّا لَغْوٌ فِيهَا وَلَا تَأْثِيمٌ

    Yatanaazaʻoona feehaa kaʹsal laa lag̣wuñ feehaa wa-laa taʹs̤eem.

    އެމީހުން އެތާ ރަލުގެ ތަށިތަށި ލިބިގަންނާނެއެވެ. ރާތަށި ބޯނެއެވެ. (އެކަމަކު އެ ރަލުގައި) އެއްވެސް ބާވަތެއްގެ މަސްތެއްވެ، އޭގެ ސަބަބުން ބޭކާރު ވާހަކަތަކާއި، ވިޔާނުދާ ބާވަތުގެ އެއްޗެތި ކިޔާ ނަހަދާނެއެވެ. އަދި އެ ރާ ބުޔަސް ފާފަވެރިއެއް ނުވާނެއެވެ. (އެއީ ސުވަރުގޭގެ އަހުލުވެރީންނަށް ﷲ تعالى خاصّ ކުރައްވާފައިވާ ރަލެކެވެ.)

  24. 24

    ۞ وَيَطُوفُ عَلَيْهِمْ غِلْمَانٌ لَّهُمْ كَأَنَّهُمْ لُؤْلُؤٌ مَّكْنُونٌ

    Wa-yaṭoofu ʻalayhim g̣ilmaanul lahum kaʹannahum Luʹluʹum maknoon.

    އަދި އެމީހުން ސުވަރުގޭގައި މަޖާކޮށް ތިބޭއިރު އެމީހުންގެ خدمة ގައި އެމީހުންނަށް خاصّ ކުރައްވާފައިވާ خادم ން އަބަދާ އަބަދު ހިނގަހިނގާ ތިބޭނެއެވެ. އެ خادم ންގެ ރީތިކަން ކޮންފަދަ ހެއްޔެވެ؟ ރީތިކޮށް ފޮރުވައި ރައްކާކުރެވިފައިވާ ރަން މުތްތަކެއްފަދަ ވާނެއެވެ.

  25. 25

    وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ

    Wa-ʹaq̣bala baʻḍuhum ʻalaa baʻḍiñy yatasaaaʹaloon.

    އަދި ސުވަރުގޭގައި ތިބޭއިރު އެއްބަޔަކު އަނެއް ބަޔަކަށް ކުރިމަތިލައި، ސުއާލުކޮށް، މަޖާނަގާ ހަދާނެއެވެ.

  26. 26

    قَالُوٓا۟ إِنَّا كُنَّا قَبْلُ فِىٓ أَهْلِنَا مُشْفِقِينَ

    Q̣aalooo ʹinnaa kunnaa q̣ablu feee ʹahlinaa mushfiq̣een.

    އެމީހުން (އެއްބަޔަކު އަނެއް ބަޔަކަށް ބުނާނެއެވެ.) "އަހުރެމެންގެ أهل ވެރީންނާއެކު ދުނިޔޭގައި އުޅުނުއިރު އަހުރެމެން ވީ ﷲ ގެ عذاب އަށް ބިރުވެތިވެގެންވާ حال ގައެވެ."

  27. 27

    فَمَنَّ ٱللَّهُ عَلَيْنَا وَوَقَىٰنَا عَذَابَ ٱلسَّمُومِ

    Famannal laahu ʻalaynaa wa-waq̣aanaa ʻAẓaabas Samoom.

    ފަހެ ﷲ تعالى އަހުރެމެންގެ ފާފަ ފުއްސަވާ رحمة ލައްވައި، އެކަލާނގެއަށް ކިޔަމަންވުމުގެ ހެޔޮ توفيق ދެއްވައި ދަރުމަކުރެއްވީއެވެ. އަދި ނަރަކައިގެ އެކި ބާވަތުގެ عذاب ން އެކަލާނގެ އަހުރެމެން ސަލާމަތް ކުރައްވައި، ދަރުމަކުރެއްވީއެވެ. (އެއީ ކިހާބޮޑު نعمة އެއް ހެއްޔެވެ؟)

  28. 28

    إِنَّا كُنَّا مِن قَبْلُ نَدْعُوهُ ۖ إِنَّهُۥ هُوَ ٱلْبَرُّ ٱلرَّحِيمُ

    ʹInnaa kunnaa miñ q̣ablu nadʻooh: ʹinnahoo Huwal Barrur Raḥeem!

    "ހަމަކަށަވަރުން މީގެ ކުރީން އަހުރެމެން ދުނިޔޭގައި ތިބިއިރު އަހުރެމެން އެކަލާނގެއަށް دعاء ކޮށް ހެދީމެވެ. (އެއީ ނަރަކައިން ސަލާމަތްކުރައްވައި، ސުވަރުގެ ވައްދަވާތޯއެވެ.) އެކަލާނގެ އެކަން އަހުރެމެންނަށް ހިންމަވާދެއްވީއެވެ.) ހަމަކަށަވަރުން އެކަލާނގެއީ إحسان ވަންތަކަން ނުހަނު ބޮޑުވެގެންވާ رحمة ލެއްވުން ބޮޑުވެގެންވާ އޯގާވަންތަ ކަލާނގެއެވެ."

  29. 29

    فَذَكِّرْ فَمَآ أَنتَ بِنِعْمَتِ رَبِّكَ بِكَاهِنٍ وَلَا مَجْنُونٍ

    Faẓakkir famaaa ʹañta bi-Niʻmati Rabbika bikaahiniñw walaa majnoon.

    (އޭ رسول الله އެވެ.) ކަލޭގެފާނު މީސްތަކުންނަށް نصيحة ދެއްވާ وعظ ދެއްވާ ހައްދަވާށެވެ. މީސްތަކުންނަށް ﷲ ހަނދާންކޮށްދެއްވުން މަތީ قائم ވެ ހުންނަވާށެވެ. (ކަލޭގެފާނަށް ﷲ ދެއްވާފައިވާ ބޮޑު نعمة އެބަހީ نبي ކަމާއި، އަދި ބުއްދީގެ ބުރަކަމާއި، ވިސްނުމުގެ ތަނަވަސްކަމާއި، މި ކަންކަމަކީ އެއްގޮތަކަށްވެސް ކަލޭގެފާނަކީ ކަހީނަކު ކަމުގައި ނުވަތަ ދުނިޔޭން މޮޔަވެފައިވާ މީހަކު ކަމުގައި ވުމަށް އެކަށީގެންވާ ކަންކަމެއް ނޫނެވެ.)

  30. 30

    أَمْ يَقُولُونَ شَاعِرٌ نَّتَرَبَّصُ بِهِۦ رَيْبَ ٱلْمَنُونِ

    ʹAm yaq̣ooloona Shaaʻirun natarabbaṣu bihee raybal manoon!

    ނުވަތަ ކަލޭގެފާނަކީ شاعر އެކޭ، ޅެންވެރިޔެކޭ އެމީހުން ބުނަނީ ހެއްޔެވެ؟ يعني އެމީހުން އެ ބުނަނީ ކަލޭގެފާނަކީ ކަނޑައެޅިގެން ޅެންވެރިއެއްކަމަށެވެ. ވީމާ އެހެނިހެން ބޮޑެތި ޅެންވެރީންވެސް މަރުވެ ހަލާކުވެގެން ދިޔަ ގޮތަށް ޒަމާން އެނބުރެމުން ގޮސް ކަލޭގެފާނުވެސް ހަލާކުވެގެން ދިއުމަށް އެމީހުން إنتظار ކުރަނީއެވެ.

  31. 31

    قُلْ تَرَبَّصُوا۟ فَإِنِّى مَعَكُم مِّنَ ٱلْمُتَرَبِّصِينَ

    Q̣ul tarabbaṣoo faʹinnee maʻakum minal mutarabbiṣeen!

    (އޭ رسول الله އެވެ! އޭގެ ޖަވާބުގައި) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން إنتظار ކުރާށެވެ. އަހުރެންވެސް ކަލޭމެންނާއެކު إنتظار ކުރާ މީހުންގެ ތެރެއިން ވަމެވެ.

  32. 32

    أَمْ تَأْمُرُهُمْ أَحْلَـٰمُهُم بِهَـٰذَآ ۚ أَمْ هُمْ قَوْمٌ طَاغُونَ

    ʹAm taʹmuruhum ʹaḥlaamuhum̃ bihaaẓaaa ʹam hum q̣awmuñ ṭaag̣oon?

    ނުވަތަ އެމީހުންގެ ބުއްދިތައް (އެ ތާކުން-ތާކު ނުޖެހޭ ވާހަކަތައް ދެއްކުމަށް) އެމީހުންނަށް އަންގައި أمر ކުރަނީ ހެއްޔެވެ؟ އެހެން ވީއެއްވެސް ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެމީހުންނަކީ ދެކޮޅުވެރިކަމާއި، ނުކިޔަމަންތެރިކަމުގައި ހައްދު ފަހަނަޅާފައިވާ ބަޔަކީއެވެ.

  33. 33

    أَمْ يَقُولُونَ تَقَوَّلَهُۥ ۚ بَل لَّا يُؤْمِنُونَ

    ʹAm yaq̣ooloona taq̣awwalah? Bal laa yuʹminoon!

    ނުވަތަ އެކަލޭގެފާނު އަމިއްލައަށް ދޮގު ވާހަކަތަކެއް އުފައްދައިގަނެގެން قرآن އޭ ކިޔައިގެން ބޮޑު ދޮގު ވާހަކައެއް ހެދީ ހެއްޔެވެ؟ މިހެންވެސް އެމީހުން ބުނީ ހެއްޔެވެ؟ އެއްގޮތަކަށްވެސް އެހެންނަކުން ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެމީހުން إيمان ނުވަނީއެވެ.

  34. 34

    فَلْيَأْتُوا۟ بِحَدِيثٍ مِّثْلِهِۦٓ إِن كَانُوا۟ صَـٰدِقِينَ

    Falyaʹtoo biḥadees̤im mis̤liheee ʹiñ kaanoo Ṣaadiq̣een!

    (ފަހެ ކަލޭމެން ތިޔަ ބުނަނީ ތެދެއް ކަމުގައި ވަންޏާ محمّد ގެފާނު ހެދި ގޮތަށް) ކަލޭމެން ނިކަން އެފަދަ ވާހަކައެއް އެފަދަ قرآن އެއް ނިކަން ގެނަސްބަލާށެވެ. ކަލޭމެން ތިޔައީ ބަހުގެ ބޮޑެތި ماهر ން ވިއްޔާއެވެ. (ދެންފަހެ ކަލޭމެންނަށް އެފަދަ آية އެއް ނުވަތަ ސޫރަތެއްވެސް ނުހެދުނު ހިނދުން محمّد ގެފާނު އަމިއްލަފުޅަށް قرآن ހެއްދެވި ކަމަށް ތިޔަ ބުނަނީ ބުއްދީގެ ކޮން ދަލީލަކުން ބާވައެވެ؟ ތިޔައީ ބޭކާރު باطل ވާހަކައެކެވެ.)

  35. 35

    أَمْ خُلِقُوا۟ مِنْ غَيْرِ شَىْءٍ أَمْ هُمُ ٱلْخَـٰلِقُونَ

    ʹAm khuliq̣oo min g̣ayri shayʹin ʹam humul khaaliq̣oon?

    ނުވަތަ އެމީހުން ހެއްދެވިފައި ވަނީ ހެއްދެވި އެއްވެސް ފަރާތެއް خالق އެއް ނެތި ހަމަ އަމިއްލަޔަށް ހެއްޔެވެ؟ ނުވަތަ އެމީހުން އެއީ ތަކެތި ހައްދަވާ މީހުން ހެއްޔެވެ؟ ދުނިޔޭގައި މިވާހައި ތަކެތި ހައްދަވަނީ ހަމަ އެމީހުން ހެއްޔެވެ؟

  36. 36

    أَمْ خَلَقُوا۟ ٱلسَّمَـٰوَٰتِ وَٱلْأَرْضَ ۚ بَل لَّا يُوقِنُونَ

    ʹAm khalaq̣us samaawaati wal-ʹarḍ? Bal laa yooq̣inoon.

    ނުވަތަ އުޑުތަކާއި، ބިންތައް ހެއްދެވީ އެމީހުން ހެއްޔެވެ؟ އެހެން ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެމީހުން ހަމަ يقين ނުކުރަނީއެވެ. އެބަހީ އުޑުތަކާއި، ބިން ހެއްދެވީ ﷲ ކަމުގައި އެމީހުން قبول ނުކުރަނީއެވެ.

  37. 37

    أَمْ عِندَهُمْ خَزَآئِنُ رَبِّكَ أَمْ هُمُ ٱلْمُصَۣيْطِرُونَ

    ʹAm ʻiñdahum khazaaaʹinu Rabbika ʹam humul musayṭiroon?

    ނުވަތަ ކަލޭގެފާނުންގެ ربّ ގެ خزانة ތައް އެމީހުންގެ އަތުގައި ވަނީ ހެއްޔެވެ؟ (ވާރެޔާއި، ރިޒުގުގެ އެންމެހާ خزانة ތައް އެމީހުން އަތުގައި ވަނީ ހެއްޔެވެ؟ އަދި އެއިން އެމީހުން ބޭނުން މީހަކަށް، ބޭނުން ވަރަކަށް ދެވިދާނޭ ހެއްޔެވެ؟) ނުވަތަ އެމީހުން އެއީ އެމީހުން ބޭނުންހާ ގޮތަކަށް އުޅޭހާ ބާރުހުރި ވަރުގަދަ جبّار ބަޔަކީ ހެއްޔެވެ؟ އެމީހުންގެ މައްޗަށް ބާރު ހިންގޭނޭ އެކަކުވެސް ނެތީ ބާވައެވެ؟ އެއްގޮތަކަށްވެސް އެހެން ނޫނެވެ.

  38. 38

    أَمْ لَهُمْ سُلَّمٌ يَسْتَمِعُونَ فِيهِ ۖ فَلْيَأْتِ مُسْتَمِعُهُم بِسُلْطَـٰنٍ مُّبِينٍ

    ʹAm lahum sullamuñy yastamiʻoona feeh? falyaʹti mustamiʻuhum̃ bisulṭaanim mubeen.

    ނުވަތަ އެމީހުން އުޑަށް އަރައިގެން ގޮސް އުޑުގެ خبر ތައް އެހުމަށް ޓަކައި އަރާނޭ ހަރުގަނޑެއް ނުވަތަ ސިޑިއެއް އެމީހުންނަށް ވަނީ ހެއްޔެވެ؟ (محمّد ގެފާނާ جدل ކޮށް، އިދިކޮޅު ހެދޭނީ އެހެންނަމަ ތާއެވެ؟) ދެންފަހެ (އުޑުން އަޑުއެހި ކަމަށް ވަންޏާ) އެ އަޑު އެހި ބަޔަކު އެމީހުން ދައްކާ ވާހަކައާއި، ކުރާ دعوى ތެދުކަމުގެ މައްޗަށް دليل ކުރާނޭ حُجّة އެއް ނިކަން ގެނަސްބަލާށެވެ. (އެމީހުން އެ خبر މިހާރު ގެންނާނީ ކޮންފަދައަކުން ހެއްޔެވެ؟ جنّ ންނާއި، ސައިތާނުންނަށް ވެސް މިހާރު ވަނީ އެކަން ބަންދު ވެފައެވެ. މި މީހުންނަށް އަދި އެރޭނީ ކޮންފަދައަކުން ހެއްޔެވެ؟

  39. 39

    أَمْ لَهُ ٱلْبَنَـٰتُ وَلَكُمُ ٱلْبَنُونَ

    ʹAm lahul banaatu wa-lakumul banoon?

    ނުވަތަ (އޭ މިތިބަ مشرك ންނޭވެ.) الله އަށް އަންހެން ދަރީން ނިސްބަތްކޮށްފައި، ކަލޭމެންނަށް ފިރިހެން ދަރީން ނިސްބަތް ކުރަނީ ހެއްޔެވެ؟ (ތިޔައީ ދެން جاهل ކަމުގެވެސް ކޮޅުނެތް ކޮޅެވެ. ކަލޭމެން ހިތްހަމަނުޖެހޭ އަންހެން ދަރީން الله އަށް ނިސްބަތް ކޮށްފައި، ކަލޭމެން ހިތްހަމަޖެހޭ ފިރިހެން ދަރީން ކަލޭމެންނަށް ތިޔަ ނިސްބަތް ކުރަނީ ކޮން عدل ވެރިކަމެއް ހެއްޔެވެ؟ ތިޔަ ހުރިހާ ކަމަކުން الله ހުސް طاهر ވެވޮޑިގެން ވެއެވެ.)

  40. 40

    أَمْ تَسْـَٔلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ

    ʹAm tasʹaluhum ʹajrañ fahum mim mag̣ramim mus̤q̣aloon?

    ނުވަތަ (އޭ محمّد ގެފާނެވެ.) ކަލޭގެފާނު رسول ކަން އެމީހުންނަށް އިއްވަވާ މަތީން) އެމީހުން އަތުން އުޖޫރައެއް ހިއްޕަވަނީ ތޯއެވެ؟ ޓެކްހެއް ނަންގަވަނީ ތޯއެވެ؟ އެމީހުން އުޖޫރަ ނުވަތަ ޓެކްސް ބަރުވެގެން، ބޮޑުވެގެން އޭގެ ސަބަބުން އެމީހުން ދަރަނިވެރިވީ ހެއްޔެވެ؟ (ކަލޭގެފާނަށް إيمان ނުވާނީ، ނުވަތަ ކެލޭގެފާނުންގެ رسول ކަން ނާހާނީވެސް އެހެންނަމަ ތާއެވެ.) މީގެ އެއްވެސް ކަމެއް ވީއެއް ނޫނެވެ.

  41. 41

    أَمْ عِندَهُمُ ٱلْغَيْبُ فَهُمْ يَكْتُبُونَ

    ʹAm ʻiñdahumul G̣aybu fahum yaktuboon?

    ނުވަތަ މީސްތަކުންނަށް އެމީހުން ލިޔެދީ بيان ކޮށްދިނުމަށް (لوح المحفوظ ގައިވާ) غيب ގެ علم އެމީހުންނަށް ވަނީ ހެއްޔެވެ؟ (محمّد ގެފާނާމެދު އެމީހުން ކިޔާނެހާ އެއްޗެއް ކިޔާނީ އެހެންނަމަ ތާއެވެ.)

  42. 42

    أَمْ يُرِيدُونَ كَيْدًا ۖ فَٱلَّذِينَ كَفَرُوا۟ هُمُ ٱلْمَكِيدُونَ

    ʹAm yureedoona kaydaa? Fallaẓeena kafaroo humul makeedoon!

    ނުވަތަ އެމީހުން محمّد ގެފާނާމެދު مكر އެއް ހަދައި ނުބައި ރޭވުމެއް ރާވާން އެދެނީ ހެއްޔެވެ؟ ފަހެ މަކަރު ހެދެވި، އަދި مكر ދަށުވެގެންވާނޭ ބަޔަކީ ހަމަ ކާފަރުންނެވެ. (އެގޮތްވެސް އެމީހުންނަށް ނޭނގެއެވެ.)

  43. 43

    أَمْ لَهُمْ إِلَـٰهٌ غَيْرُ ٱللَّهِ ۚ سُبْحَـٰنَ ٱللَّهِ عَمَّا يُشْرِكُونَ

    ʹAm lahum ʹilaahun g̣ayrul laah? Subḥaanal laahi ʻammaa yushrikoon!

    ނުވަތަ އެމީހުން އަޅުކަން ކުރުމަށް الله ފިޔަވައި އެހެން އެއްވެސް إلٰه އެއް ވަނީ ހެއްޔެވެ؟ އެމީހުންނަށް ރިޒުގު ދެއްވާ ކާންދެއްވާ، ބޭނުންތައް ފުއްދަވާދެއްވުމަށް الله ފިޔަވައި އެހެން إلٰه އެއް އެމީހުންނަށް ވަނީ ހެއްޔެވެ؟ (ނުވެއެވެ. ނުވެސް ވާނެއެވެ.) އެމީހުން އެ شرك ކުރާ ކަންތަކުން الله ހުސް طاهر ވަންތަވެ ވޮޑިގެން ވެއެވެ.

  44. 44

    وَإِن يَرَوْا۟ كِسْفًا مِّنَ ٱلسَّمَآءِ سَاقِطًا يَقُولُوا۟ سَحَابٌ مَّرْكُومٌ

    Wa-ʹiñy yaraw kisfam minas samaaaʹi saaq̣iṭañy yaq̣ooloo saḥaabum markoom!

    އަދި އުޑުން ތަންގަނޑެއް ވެއްޓުނަސް އެމީހުން ބުނާނީ އެއީ ބޯ ވިލާގަނޑެއް ކަމުގައެވެ. (އެބަހީ އެ ކާފަރުވީ މީސްތަކުންނަށް عذاب އެއްގެ ގޮތުން އުޑުން ތަންތަންގަނޑުގަނޑު ކުދިކުދިވެގެން ފައިބާތަން ފެނުނަސް (އެމީހުން ގައިމައްޗަށް އެޅިނުގަންނަންޏާ) އެމީހުން ބުނާނީ އެއީ މަތިމައްޗަށް އެޅި ފުނިޖެހިފައިވާ ވިލާގަނޑެއް ކަމުގައެވެ. އެއީ އާދައިގެ ކަމެއް ކަމަށެވެ.

  45. 45

    فَذَرْهُمْ حَتَّىٰ يُلَـٰقُوا۟ يَوْمَهُمُ ٱلَّذِى فِيهِ يُصْعَقُونَ

    Faẓarhum ḥattaa yulaaq̣oo Yawmahumul laẓee feehi yuṣʻaq̣oon,―

    (އޭ މާތްވެގެންވާ رسول އާއެވެ!) އެމީހުންގެ ދުވަހާ ހަމައަށް ދާނދެން ކަލޭގެފާނުން އެމީހުން ދޫކޮށްލައްވާށެވެ. އެ ދުވަހަކީ އެ ދުވަހުން އެމީހުން މަރުވެ، ހަލާކުވެގެން ދާނޭ ދުވަހެވެ. (އެ ދުވަސްއެއީ بدر ހަނގުރާމަ ދުވަސް ކަމުގައި، ނުވަތަ قيامة ދުވަސް ކަމުގައި ބުނެވުނެވެ.)

  46. 46

    يَوْمَ لَا يُغْنِى عَنْهُمْ كَيْدُهُمْ شَيْـًٔا وَلَا هُمْ يُنصَرُونَ

    Yawma laa- yug̣nee ʻanhum kayduhum shayʹañw walaa hum yuñṣaroon.

    އަދި (رسول އާ އާ އިދިކޮޅަށް އެކަލޭގެފާނުންގެ ހަލާކުގައި) އެމީހުން ރޭވި އެއްވެސް ރޭވުމަކުން އެއްވެސް ކަމެއް އެމީހުންނަށް ފުއްދައި ނުދޭނެއެވެ. އަދި އެމީހުންނަކީ نصر ލިބޭނޭ ބަޔަކު ކަމުގައި ނުވެއެވެ.

  47. 47

    وَإِنَّ لِلَّذِينَ ظَلَمُوا۟ عَذَابًا دُونَ ذَٰلِكَ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

    Wa-ʹinna lillaẓeena z̤̣alamoo ʻaẓaabañ doona ẓaalika wa-laakinna ʹaks̤arahum laa- yaʻlamoon.

    އަދި އަނިޔާވެރިވީ މީސްތަކުންނަށް އެ ނޫން عذاب އެއް ވެއެވެ. އެބަހީ قيامة ދުވަހުގެ عذاب ނުލައި، ދުނިޔޭގައިވެސް އެމީހުންނަށް عذاب އެއް ވެއެވެ. (އެއީ ބަދުރު ހަނގުރާމައިގައި މަރުވެގެން ދިއުމެވެ. ނުވަތަ ދުނިޔޭގެ އެކިއެކި مصيبة ތަކެވެ.) އެކަމަކު އޭގެ ގިނަ މީހުންނަކަށް އެކަންކަމެއް ނޭނގެއެވެ.

  48. 48

    وَٱصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا ۖ وَسَبِّحْ بِحَمْدِ رَبِّكَ حِينَ تَقُومُ

    Waṣbir liḥukmi Rabbika faʹinnaka biʹaʻyuninaa wa-sabbiḥ bi-Ḥamdi Rabbika ḥeena taq̣oom,

    (އޭ މާތްވެގެންވާ رسول އާއެވެ.) ކަލޭގެފާނުންގެ ربّ ގެ حكم ފުޅަށްކެތްތެރިވެވަޑައިގެން ހުންނަވާށެވެ. (އެއީ އެމީހުންނަށް وعد ވެގެންވާ ވަގުތު އަންނާނދެނެވެ.) ހަމަކަށަވަރުން ކަލޭގެފާނު ވަނީ ތިމަން ރަސްކަލާނގެ ބެއްލެވުމާއި، އަދި ތިމަން ރަސްކަލާނގެ حماية ގައެވެ. އަދި ކަލޭގެފާނު ތެދުވެވަޑައިގަންނަވާ ހިނދު (ކޮންމެ مجلس އެއްގައި އިންނަވާފައި ތެދުވެވަޑައިގަންނަވާ ހިނދު، ނުވަތަ ނަމާދަށް ތެދުވެވަޑައިގަންނަވާ ހިނދު) ކަލޭގެފާނުންގެ ربّ އަށް تسبيح ވިދާޅުވެ حمد ކުރައްވާށެވެ.

  49. 49

    وَمِنَ ٱلَّيْلِ فَسَبِّحْهُ وَإِدْبَـٰرَ ٱلنُّجُومِ

    Wa-minal layli fasabbiḥhu wa-ʹidbaaran nujoom!

    އަދި ރޭގަނޑުގެ ވަގުތުގައިވެސް އެކަލާނގެއަށް تسبيح ވިދާޅުވާށެވެ. އަދި ތަރިތައް ފުރަގަސްދީފައި ދާވަގުތުގައިވެސް އެބަހީ ފަތިހުގައިވެސް އެކަލާނގެއަށް تسبيح ވިދާޅުވާށެވެ.