Back to Quran

ސޫރަތްތައް 56

Al-Waqi'ah

The Inevitable · Makki · 96 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    إِذَا وَقَعَتِ ٱلْوَاقِعَةُ

    ʹIẓaa wa-q̣aʻatil WAAQ̣IʻAH,

    قِيَامَة ޤާއިމު ވެއްޖެއްޔާ.

  2. 2

    لَيْسَ لِوَقْعَتِهَا كَاذِبَةٌ

    Laysa liwaq̣ʻatihaa kaaẓibah.

    (ދެންއޭރުން) އެ قِيَامَة ޤާއިމުވުން ދޮގުކުރާނެ އެއްވެސް ނަފުސެއް ނުވެއެވެ.

  3. 3

    خَافِضَةٌ رَّافِعَةٌ

    Khaafiḍatur Raafiʻah;

    އެދުވަހުން އެއްބަޔަކު ދެރަވެ ނިމެތިވެގެންވެއެވެ. އަދި އަނެއްބަޔަކު މޮޅުވެ މަތިވެރިވެގެންވެއެވެ. މާތްالله އެދުވަހުން (ނުބައި ނުލަފާމީހުން (ނަރަކަވަންތަވެރިން) ދެރަކުރައްވައި ނިމެތި ކުރައްވާހުއްޓެވެ. އަދި ހެޔޮލަފާ މާތްމީހުން މާތް މާތް الله އެދުވަހުން މާތްކުރައްވައި މަތިވެރިކުރައްވާހުއްޓެވެ.

  4. 4

    إِذَا رُجَّتِ ٱلْأَرْضُ رَجًّا

    ʹIẓaa rujjatil ʹarḍu rajjaa,

    އެދުވަސް އައުމަށްޓަކައި ބިންގަނޑު ގަދަތެޅިގަތުމަކުން ތެޅިގަންނަ ހުއްޓެވެ.

  5. 5

    وَبُسَّتِ ٱلْجِبَالُ بَسًّا

    Wa-bussatil jibaalu bassaa,

    އަދި ފަރުބަދަތައް ކުދިކުދިވެ ބުރަބުރައިގެން ހިގައިދާހުއްޓެވެ.

  6. 6

    فَكَانَتْ هَبَآءً مُّنۢبَثًّا

    Fakaanat habaaaʹam mumbas̤s̤aa,

    އަދިއެފަރުބަދަތަކުގެހިލަތައް ބުރައިގެންދާ ހިރަފުސްތަކަކަށް ވެދާނެއެވެ.

  7. 7

    وَكُنتُمْ أَزْوَٰجًا ثَلَـٰثَةً

    Wa-kuñtum ʹazwaajañ s̤alaas̤ah.

    އަދި އެދުވަހުން ކަލޭމެންތިބޭނީ ތިންބާވަތަކަށެވެ.

  8. 8

    فَأَصْحَـٰبُ ٱلْمَيْمَنَةِ مَآ أَصْحَـٰبُ ٱلْمَيْمَنَةِ

    FaʹAṣḥaabul Maymanah; Maaa ʹAṣḥaabul Maymanah?

    (ފުރަތަމަ ބަޔަކީ) ކަނައަތްފަރާތުގެ އެކުވެރިންނެވެ. އެއީ އެބައިމީހުންގެ ޢަމަލުގެފަތް ކަނައަތަށްލިބޭމީހުންނެވެ. ފަހެ ކަނައަތަށް ފަތްލިބޭމީހުންނަކީ ކޮންފަދަ މާތްބައެއްހެއްޔެވެ؟

  9. 9

    وَأَصْحَـٰبُ ٱلْمَشْـَٔمَةِ مَآ أَصْحَـٰبُ ٱلْمَشْـَٔمَةِ

    Wa-ʹAṣḥaabul mashʹamah,― Maaa ʹAṣḥaabul Mashʹamah?

    (ދެވަނަބަޔަކީ) ވައަތްފަރާތުގެ އެކުވެރިންނެވެ. އެއީ އެބައިމީހުންގެ ޢަމަލުގެފަތް ވައަތަށް ލިބޭމީހުންނެވެ. އަދި ފުރަގަހުން ފަތްލިބޭމީހުންވެސްވަނީ މިބައިގެތެރޭގައެވެ. އަދި ވައަތްފަރާތުގެ އެކުވެރިންނަކީ ކޮންފަދަ ނުބައި ބަދުނަސީބު ބައެއްހެއްޔެވެ؟

  10. 10

    وَٱلسَّـٰبِقُونَ ٱلسَّـٰبِقُونَ

    Was-Saabiq̣oonas Saabiq̣oon.

    (ތިންވަނަބަޔަކީ) ހެޔޮކަންތަކުގައި އިސްވެގަތްމީހުންނެވެ. އެއީ އެއްވަނަ ދަރަގައިގެ މީހުންނެވެ. އެއީ އިސްލާމު ކަމުގައި އެންމެ އިސްވެގަތް މީހުންނެވެ. އެއީ ކޮންފަދަމާތްބައެއް ހެއްޔެވެ؟

  11. 11

    أُو۟لَـٰٓئِكَ ٱلْمُقَرَّبُونَ

    ʹUlaaaʹikal Muq̣arraboon:

    އެމީހުންނަކީ ﷲ ގެ حَضْرَة އާއި އެންމެ ކުއްތަންވެގެންވާމީހުންނެވެ.

  12. 12

    فِى جَنَّـٰتِ ٱلنَّعِيمِ

    Fee Jannaatin Naʻeem:

    އެމީހުންތިބޭނީ ދާއިމީ ނިޢުމަތުގެވެރި މާތް ސުވަރުގެތަކުގައެވެ.

  13. 13

    ثُلَّةٌ مِّنَ ٱلْأَوَّلِينَ

    S̤ullatum minal ʹawwaleen,

    އިސްލާމުކަމާއި ހެޔޮކަމުގައި އިސްވެގަތްމީހުންނަކީ އިސްވެދިޔަމީސްތަކުންގެތެރެއިން ބައެކެވެ. (އެއީ ސަލާމު ލެއްވި އާދަމުގެފާނުންފެށިގެން އަހުރެމެންގެ ކައު مُحمد ﷺ ރަސޫލުކަމާއިގެންފޮނުއްވުމާއި ދެމެދު އައިސްފައިވާ އުއްމަތްތަކުން ބަޔަކުމީހުންނެވެ.

  14. 14

    وَقَلِيلٌ مِّنَ ٱلْـَٔاخِرِينَ

    Wa-q̣aleelum minal ʹaakhireen.

    އަދި އަނެއްބައިމީހުންގެތެރެއިން މަދުބައެކެވެ. އެބަހީ مُحمد ﷺ ގެ އުއްމަތުން މަދުބައެކެވެ.\nދަންނައެވެ. މިއުއްމަތުން މަދުބަޔަކުކަމުގައިބެލެވެނީ އިސްވެދިޔަ ހުރިހާއުއްމަތަކާއި އަޅާބަލާއިރުއެވެ. އިސްދިޔަ އެންމެހައި އުއްމަތްތަކުގެ އިސްވެގަތް އެންމެން އެއްކޮށްލީމާ އެކަނި މިއުއްމަތަށްވުރެ ގިނައީއެވެ. ކޮންމެ އެއް އުއްމަތަކުން އިސްވެގަތް މީހުންނަށްވުރެ މިއުއްމަތް މަދީއަކީއެއްނޫނެވެ. އެއް އުއްމަތަކާއި އަޅާބަލާއިރު އިސްވެގަތްމީހުންވެސް މިއުއްމަތުގައި މާގިނަކަމުގައިވެއެވެ.

  15. 15

    عَلَىٰ سُرُرٍ مَّوْضُونَةٍ

    ʻAlaa sururim mawḍoonah,

    ދެންފަހެ މިއިސްވެގަތްމީހުން ސުވަރުގޭގައިތިބޭނީ ރަނުންނާއި ރަންމުތުން އަދި يَاقُوت ން ހެދިފައިވާ އެދުދާންކޮޅުތަކުގައެވެ.

  16. 16

    مُّتَّكِـِٔينَ عَلَيْهَا مُتَقَـٰبِلِينَ

    Muttakiʹeena ʻalayhaa mutaq̣aabileen.

    އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތިލައި ލެގިލައިގެންވާ ޙާލުގައެވެ. (އެއްބަޔަކުވެސް އަނެއްބަޔަކަށް ފުރަގަސް ނުދޭނެއެވެ.)

  17. 17

    يَطُوفُ عَلَيْهِمْ وِلْدَٰنٌ مُّخَلَّدُونَ

    Yaṭoofu ʻalayhim wildaanum mukhalladoon,

    އެގޮތަށް އެމީހުން ތިބޭއިރު ރަންމުތްތަކެއްފަދަ ޒުވާން ކުދިން އެމީހުންގެ خِدمَة ގައި އެމީހުންގެ ކައިރިން ދައުރުކުރައްވާނެއެވެ.

  18. 18

    بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ

    Biʹakwaabiñw Waʹabaareeq̣a, wa-kaʹsim mim maʻeen:

    ރާތަށިތަކާއި ކުރައިތައްހިފައިގެން ޒުވާން ކުދިން އެމީހުންގެ خِدمَة ގައި ދައުރުކުރައްވާނެއެވެ.

  19. 19

    لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ

    Laa- yuṣaddaʻoona ʻanhaa wa-laa yuñzifoon:

    އެރާ ބުއިމަކުން (ދުނިޔޭގައި މިހުންނަބަނގުރާ ބުއިމުންވާގޮތަށް) ބޮލުގައިރިހި ހޮޑުލެވި އަދި މަސްތުވާގޮތެއް ނުވާނެއެވެ.

  20. 20

    وَفَـٰكِهَةٍ مِّمَّا يَتَخَيَّرُونَ

    Wa-faakihatim mimmaa yatakhayyaroon;

    އަދި އެމީހަކު إخْتِيَارُ ކުރާނެ ވައްތަރެއްގެ މޭވާތަކާއިގެންވެސް އެ ޒުވާން ކުދިން އެމީހުންގެ خِدمَة ގައި ދައުރުކުރައްވާނެއެވެ.

  21. 21

    وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ

    Wa-laḥmi ṭayrim mimmaa yashtahoon.

    އަދި އެމީހުން ކާހިތްވާޒާތުގެ ދޫނިމަހާއި ވެސް މެއެވެ.

  22. 22

    وَحُورٌ عِينٌ

    Wa-ḥoorun ʻeen,―

    އަދި އެމީހުން އެހާ އަރާމުގައި މީރު އެއްޗެތިކައިބޮއި ހެދުމާއިއެކު އެމީހުން މަޖާކުރުމަށްޓަކައި އެމީހުންނަށް މާތްވެގެންވާ حُورَ العِينُ އަންހެންކުދިން އެމީހުންގެ އަނބީންގެގޮތުގައި ދެއްވާފައިވާނެއެވެ. އެކުދިންނަކީ ހުރިހާގޮތަކުން ރީތިހުސްކޮށްފައިވާ ބިކުރުވެރި ލޯބިވެތި މާތް އަންހެންކުދިންނެވެ.

  23. 23

    كَأَمْثَـٰلِ ٱللُّؤْلُؤِ ٱلْمَكْنُونِ

    Kaʹams̤aalil luʹluʹil maknoon.

    އެކުދިންހީވާނީ ރައްކާ ކުރެވިފައިތިބި ރަންމުތްތަކެއްހެންނެވެ.

  24. 24

    جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ

    Jazaaaʹam bimaa kaanoo yaʻmaloon.

    މިހުރިހާ ނިޢުމަތަކީ އެމީހުން ދުނިޔޭގައި ތިބިއިރު ކޮށްފައިވާ ހެޔޮ ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުން އެއްވޭ ދެއްވުންތަކެވެ.

  25. 25

    لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا

    Laa- yasmaʻoona feehaa lag̣wañw walaa taʹs̤eemaa,―

    އެމީހުން އެތާގައި އެއްވެސް بَاطِلُ ވާހަކައެއްވިޔަސް އަދި ފާފަވެރިވެވޭ އަޑެއްވިޔަސް ނުއަހާނެއެވެ.

  26. 26

    إِلَّا قِيلًا سَلَـٰمًا سَلَـٰمًا

    ʹIllaa q̣eelañ Salaamañ Salaamaa.

    ހަމައެކަނި އެކަކު އަނެކަކަށް ސަލާމު ކުރާ އަޑުމެނުވީއެވެ.

  27. 27

    وَأَصْحَـٰبُ ٱلْيَمِينِ مَآ أَصْحَـٰبُ ٱلْيَمِينِ

    Wa-ʹAṣḥaabul Yameen,― maaa ʹAṣḥaabul Yameen

    ކަނާތް ފަރާތުމީހުންނަކީ ކޮންފަދަ މާތްބައެއްހެއްޔެވެ؟ (ކަނައަތްފަރާތުމީހުންނޭ އޮތްބަސްފުޅުގެ މުރާދަކީ އެމީހުންގެ ޢަމަލުގެފަތް ކަނާތްފަރާތުން ލިބޭމީހުންނެވެ.)

  28. 28

    فِى سِدْرٍ مَّخْضُودٍ

    Fee sidrim makhḍood,

    އެމީހުންވަނީ ސުވަރުގޭގެ ފުރިހަމަ ނިޢުމަތުގައެވެ. ކަށިނެތް ކުންނާރު ގަހުގެ މީރުކުންނާރު ލިބުމުގެ ނިޢުމަތުގައެވެ.

  29. 29

    وَطَلْحٍ مَّنضُودٍ

    Wa-ṭalḥim mañḍood,―

    އަދި ތިރިންފަށައިގެން ގޮފިތަކާއިހަމައަށް މޭވާއަޅާ ބަރާވެފައިވާ طلح ގަސްގަހުގެ نِعْمَةُ ގައެވެ. (طلح ގަހަކީ ގިނަ މުފައްސިރުން ވިދާޅުވާގޮތުގައި ދޮންކޭލުގެ ބާވަތެކެވެ.)

  30. 30

    وَظِلٍّ مَّمْدُودٍ

    Wa-z̤̣illim mamdood,

    އަދި އެމީހުންވަނީ ދެމިގެންވާ ހިޔަލުގައެވެ.

  31. 31

    وَمَآءٍ مَّسْكُوبٍ

    Wa-maaaʹim maskoob,

    އަދިއެމީހުންވަނީ އެމީހުންނަށްޓަކައި އަބަދާ އަބަދު އޮހިއޮހި ހުންނަމީރުފެނުގެ نِعْمَةُ ގައެވެ

  32. 32

    وَفَـٰكِهَةٍ كَثِيرَةٍ

    Wa-faakihatiñ kas̤eerah,

    އަދި ގިނަވެގެންވާ މީރުމޭވާތަކުގެ نِعْمَةُ ގައެވެ.

  33. 33

    لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ

    Laa maq̣ṭooʻatiñw walaa mamnooʻah,

    އެމޭވާއަށް ކެނޑިދިއުމެއްނުވެއެވެ. އަދި مَنَعَ ވުމެއްނުވެއެވެ. (އެބަހީ ދުނިޔޭގެމޭވާއަށްވަގޮތަށް ވަކިމޫސުމަކަށް ލިބިފައި އަނެއްބައިމޫސުމަށް ނުލިބޭގޮތެއްނުވެއެވެ. އަދި ކިއެއްހެއްޔެވެ؟ ދާއިމީގޮތެއްގައި ލިބޭގޮތަށެވެ.) އަދި މަނާކުރާނެމީހަކު ނުވެއެވެ.

  34. 34

    وَفُرُشٍ مَّرْفُوعَةٍ

    Wa-furushim marfooʻah.

    އަދިއެމީހުންވަނީ އުފުލިގެންވާ ދާންމަތިކޮޅުތަކުގައި ރިވެތިވެގެންވާ މާތް އަންހެނުންނާއި އެކުގައެވެ.

  35. 35

    إِنَّآ أَنشَأْنَـٰهُنَّ إِنشَآءً

    ʹInnaaa ʹañshaʹnaahunna ʹiñshaaaʹaa,

    އަދި ހަމަކަށަވަރުން އެކަނބަލުން ތިމަންރަސްކަލާނގެ ހައްދަވާފައިވާނީ އާހެއްދެވުމަކުންނެވެ. (މިތާމިސިފަވާ އަންހެނުންނަކީ ދުނިޔޭގައި އުޅުނު އަންހެނުންކުރެ ސުވަރުގެ ވަނުމުގެ ނަސީބުލިބުނު މީހުންކަމުގައި ބުނެވުނެވެ.)

  36. 36

    فَجَعَلْنَـٰهُنَّ أَبْكَارًا

    Fajaʻalnaahunna ʹabkaaraa―

    އަދި ތިމަންރަސްކަލާނގެ ސުވަރުގެއަށްޓަކައި އެކަނބަލުން ބިކުރުވެރިންކަމުގައި ލެއްވީމެވެ.

  37. 37

    عُرُبًا أَتْرَابًا

    ʻUruban ʹatraabaa,

    އަދި ފިރިންދެކެ ލޯބިވާގޮތަށް އަދި ފިރިންވެސް އެކަނބަލުންދެކެ ލޯބިވާގޮތަށް އެއް ޢުމުރެއްގެ ނުވަތަ އެއް أخْلآقُ އެއްގެ ބަޔަކު ކަމުގައި ލެއްވީމެވެ. (ބައެއް مُفَسِّرُ ން ވިދާޅުވެއެވެ. އެމީހުންގެ ޢުމުރަކީ 33އަހަރެވެ. = ابْن كَثِير

  38. 38

    لِّأَصْحَـٰبِ ٱلْيَمِينِ

    LiʹAṣḥaabil Yameen.

    އިސްވެދިޔަ ގިނަ نِعْمِة ތަކަކީ ކަނާތްފަރާތުގެ އެކުވެރިންނަށްޓަކައި ހުރި نِعْمِة ތަކެކެވެ.

  39. 39

    ثُلَّةٌ مِّنَ ٱلْأَوَّلِينَ

    S̤ullatum minal ʹawwaleen.

    އެއީ އިސްވެދިޔަ އުއްމަތްތަކުގެތެރެއިން ބައެކެވެ.

  40. 40

    وَثُلَّةٌ مِّنَ ٱلْـَٔاخِرِينَ

    Wa-s̤ullatum minal ʹaakhireen.

    އަދި ފަހުގެ އުއްމަތުގެތެރެއިންބައެކެވެ.

  41. 41

    وَأَصْحَـٰبُ ٱلشِّمَالِ مَآ أَصْحَـٰبُ ٱلشِّمَالِ

    Wa-ʹAṣḥaabush Shimaal,― maaa ʹAṣḥaabush shimaal?

    އަދި ވައަތްފަރާތުގެ އެކުވެރިން (ދަންނައެވެ.) ވައަތްފަރާތުގެ އެކުވެރިންނަކީ ކޮންފަދަ ނުބައި ބައެއްހެއްޔެވެ؟

  42. 42

    فِى سَمُومٍ وَحَمِيمٍ

    Fee samoomiñw waḥameem,―

    އެމީހުންވަނީ ނަރަކައިގެ ހޫނުގަދަ ވިހަދުމާއި އެންމެގަދަ ހޫނުފެނުގެ عَذَابُ ގެ ރަހަލިބި ލިބިއެވެ

  43. 43

    وَظِلٍّ مِّن يَحْمُومٍ

    Wa-z̤̣illim miñy yaḥmoom:

    އަދި ނަރަކައިގެ ހޫނުގަދަ އަދި ފިނިކަމެއްނެތް ދުމުގެ ހިޔަލުގައެވެ.

  44. 44

    لَّا بَارِدٍ وَلَا كَرِيمٍ

    Laa baaridiñw walaa kareem,

    އޭގައި އެއްވެސް ފިނިކަމެއްނެތް އަދި އެއްވެސް އަރާމެއްވިޔަސްނުވާ ނެއެވެ.

  45. 45

    إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُتْرَفِينَ

    ʹInnahum kaanoo q̣abla ẓaalika mutrafeen,

    ހަމަކަށަވަރުން އެމީހުން ވީ އޭގެކުރިން (އެބަހީ ދުނިޔޭގައި އުޅުނުއިރު) = حَلآلُ ނޫންތަކެތީން މަޖާކޮށް ހަދާކަމުގައެވެ.

  46. 46

    وَكَانُوا۟ يُصِرُّونَ عَلَى ٱلْحِنثِ ٱلْعَظِيمِ

    Wa-kaanoo yuṣirroona ʻalal ḥins̤il ʻaz̤̣eem!

    އަދި އެމީހުންވީ އެންމެބޮޑުފާފަކުރުންމަތީ އެބަހީ (ޝިރުކު ކުންމަތީ) ދެމިތިބޭބަޔަކު ކަމުގަ އެވެ.

  47. 47

    وَكَانُوا۟ يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَـٰمًا أَءِنَّا لَمَبْعُوثُونَ

    Wa-kaanu yaq̣ooloona, ʹaʹiẓaa mitnaa wa-kunnaa turaabañw waʻiz̤̣aaman ʹaʹinnaa lamabʻoos̤oon,

    އަދި އެމީހުން ބުނާކަމުގައި ވީ އަހުރެމެން މަރުވެއްޖެއްޔާ އަދި އަހުރެމެން ވެއްޔަށްވެ އަދި ކަށިތައްވެސް ފީވެ ވެއްޔަށްވުމަށްފަހު އަހުރެމެން ދިރިގެ ފޮނުވޭނޭހެއްޔެވެ؟

  48. 48

    أَوَءَابَآؤُنَا ٱلْأَوَّلُونَ

    ʹA-waʹaabaaaʹunal ʹawwaloon?

    އަދި އަހުރެމެންގެ އިސްވެދިޔަ ކާބަފައިންވެސް ފޮނުވޭނޭހެއްޔެވެ؟

  49. 49

    قُلْ إِنَّ ٱلْأَوَّلِينَ وَٱلْـَٔاخِرِينَ

    Q̣ul ʹinnal ʹawwaleena wal-ʹaakhireen,

    (އޭ رَسُول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަނމަކަށަވަރުން އިސްވެދިޔަހާބަޔަކު އަދި ފަހުންއައިހާބަޔަކުވެސްމެއެވެ.

  50. 50

    لَمَجْمُوعُونَ إِلَىٰ مِيقَـٰتِ يَوْمٍ مَّعْلُومٍ

    Lamajmooʻoona ʹilaa meeq̣aati Yawmim maʻloom.

    ކަނޑައެޅި އެގިގެންވާ ވަކިދުވަހެއްގެ ވަކިވަގުތަކަށް ކަށަވަރުންވެސް އެއްކުރެވޭހުއްޓެވެ. އެއީ ޤިޔާމަތް ދުވަހެވެ.

  51. 51

    ثُمَّ إِنَّكُمْ أَيُّهَا ٱلضَّآلُّونَ ٱلْمُكَذِّبُونَ

    S̤umma ʹinnakum ʹayyuhaḍ ḍaaalloonal mukaẓẓiboon!

    ދެންހަމަކަށަވަރުން ކަލޭމެން އޭމިތިބަ ދޮގުވެރި މަދުފުރެދުނު މީހުންނޭވެ!

  52. 52

    لَـَٔاكِلُونَ مِن شَجَرٍ مِّن زَقُّومٍ

    Laʹaakiloona miñ Shajarim miñ Zaq̣q̣oom.

    ހަމަކަށަވަރުން ކަލޭމެން زَقُّوم ގަހަކުން ކާނެއެވެ. (އެއީ ނަރަކައިގައެވެ.)

  53. 53

    فَمَالِـُٔونَ مِنْهَا ٱلْبُطُونَ

    Famaaliʹoona minhal buṭoon,―

    އަދި އެއިންކަލޭމެން ކަލޭމެންގެ ބަނޑުތައް ފުރާނެއެވެ.

  54. 54

    فَشَـٰرِبُونَ عَلَيْهِ مِنَ ٱلْحَمِيمِ

    Fashaariboona ʻalayhi minal Ḥameem:

    އަދި އެމީހުން އޭގެމައްޗަށް އެންމެގަދަހޫނު ފެން ބޯނެއެވެ.

  55. 55

    فَشَـٰرِبُونَ شُرْبَ ٱلْهِيمِ

    Fashaariboona shurbal heem.

    ފެންބޮވާ ބަލިޖެހިފައިވާ ޖަމަލުބޯވަރަށް އެމީހުން އޭތިބޯނެއެވެ.

  56. 56

    هَـٰذَا نُزُلُهُمْ يَوْمَ ٱلدِّينِ

    Haaẓaa nuzuluhum Yawmad Deen!

    މިއީ ހިސާބު ބައްލަވާދުވަހުން އެމީހުންނަށްވާ މެހުމާންދާރީއެވެ.

  57. 57

    نَحْنُ خَلَقْنَـٰكُمْ فَلَوْلَا تُصَدِّقُونَ

    Naḥnu khalaq̣naakum falawlaa tuṣaddiq̣oon?

    ކަލޭމެން ހެއްދެވީ ތިމަންރަސްކަލާނގެއެވެ. ކަލޭމެން އެކަން ތެދުކުރާނެނަމައެވެ. ކަލޭމެން އެކަން ތެދުނުކުރަނީ ކީތްވެހެއްޔެވެ؟

  58. 58

    أَفَرَءَيْتُم مَّا تُمْنُونَ

    ʹAfaraʹaytum maa tumnoon?

    ކަލޭމެން ތިޔަބޭރުކުރާ މަންޏާއި ބެހޭގޮތުން ކަލޭމެން ނިކަން ޚަބަރުދީބަލާށެވެ. (ދެކިބަލާށެވެ.)

  59. 59

    ءَأَنتُمْ تَخْلُقُونَهُۥٓ أَمْ نَحْنُ ٱلْخَـٰلِقُونَ

    ʹAʹañtum takhluq̣oonahooo ʹam Naḥnul Khaaliq̣oon?

    އެއިން (مَخْلُوقُ އަކު) ހައްދަވަނީ ކަލޭމެންހެއްޔެވެ؟ ނުވަތަ އެހައްދަވާ ކަލަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟

  60. 60

    نَحْنُ قَدَّرْنَا بَيْنَكُمُ ٱلْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ

    Naḥnu q̣addarnaa baynakumul Mawta wa-maa Naḥnu bimasbooq̣een

    ،(61) ތިމަންރަސްކަލާނގެ ކަލޭމެންގެމެދުގައި މަރު (މަރުވުން) މިންވަރުކުރެއްވީމެވެ. އަދި ކަލޭމެންގެ ސޫރަތައް ބަދަލުކުރައްވައި އަދި ކަލޭމެނަށް ނޭގޭ ސޫރަތަކަކަށް ތިމަންރަސްކަލާނގެ ކަލޭމެން އުފެއްދެވުމަށް ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވެއެވެ.

  61. 61

    عَلَىٰٓ أَن نُّبَدِّلَ أَمْثَـٰلَكُمْ وَنُنشِئَكُمْ فِى مَا لَا تَعْلَمُونَ

    ʻAlaaa ʹan nubaddila ʹAms̤aalakum wa-nuñshiʹakum fee maa laa- taʻlamoon.

    ،(61) ތިމަންރަސްކަލާނގެ ކަލޭމެންގެމެދުގައި މަރު (މަރުވުން) މިންވަރުކުރެއްވީމެވެ. އަދި ކަލޭމެންގެ ސޫރަތައް ބަދަލުކުރައްވައި އަދި ކަލޭމެނަށް ނޭގޭ ސޫރަތަކަކަށް ތިމަންރަސްކަލާނގެ ކަލޭމެން އުފެއްދެވުމަށް ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވެއެވެ.

  62. 62

    وَلَقَدْ عَلِمْتُمُ ٱلنَّشْأَةَ ٱلْأُولَىٰ فَلَوْلَا تَذَكَّرُونَ

    Wa-laq̣ad ʻalimtumun nashʹatal ʹoolaa falawlaa taẓakkaroon?

    އަދި ހަމަކަށަވަރުން ކަލޭމެންގެ ފުރަތަމަ ހެއްދެވުން ކަލޭމެންނަށް އެނގޭނެއެވެ. ފަހެ ކަލޭމެން عِبْرَة ލިބި ނުގަންނަނީ ކީއްވެގެން ހެއްޔެވެ؟

  63. 63

    أَفَرَءَيْتُم مَّا تَحْرُثُونَ

    ʹAfaraʹaytum maa taḥrus̤oon?

    ކަލޭމެން (އޮށް އިންދައިގެން) ތިޔަކުރާ ދަޑުވެރިކަމާއިމެދު ކަލޭމެން ނިކަން ޚަބަރުދީބަލާށެވެ. (ކަލޭމެންނިކަން ދެކިބަލާށެވެ.)

  64. 64

    ءَأَنتُمْ تَزْرَعُونَهُۥٓ أَمْ نَحْنُ ٱلزَّٰرِعُونَ

    ʹAʹañtum tazraʻoonahooo ʹam Naḥnuz zaariʻoon?

    އެއޮށް ފަޅުވާހައްދަވަނީ ކަލޭމެން ހެއްޔެވެ؟ ނުވަތަ އެއޮށް ފަޅުވާ ގަސްހައްދަވަނީ ތިމަންރަސްކަލާނގެ ހެއްޔެވެ؟

  65. 65

    لَوْ نَشَآءُ لَجَعَلْنَـٰهُ حُطَـٰمًا فَظَلْتُمْ تَفَكَّهُونَ

    Law nashaaaʹu lajaʻal-naahu ḥuṭaamañ faz̤̣altum tafakkahoon:

    ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާނަމަ ހަމަކަށަވަރުން ހަލާކުވެ ކުދިކުދިވެ ބޭނުން ނުކުރެވޭ ކުނޑިތަކަކަށް ތިމަންރަސްކަލާނގެ އެހައްދަވާފައިހުށީމެވެ. ދެން އޭރުން ކަލޭމެން عَجَائِبُ ވެގެން ބުނާނެއެވެ.

  66. 66

    إِنَّا لَمُغْرَمُونَ

    ʹInnaa lamug̣ramoon:

    ހަމަކަށަވަރުން އެއްވެސް އެއްޗެއް ނުލިބި އަހުރެމެންނަށް ގެއްލުންވީއެވެ.

  67. 67

    بَلْ نَحْنُ مَحْرُومُونَ

    Bal naḥnu maḥroomoon.

    އަދި ކިއެއްހެއްޔެވެ. އަހުރެމެންމިވަނީ (އެދަޑުގެ ބަރަކާތުން) مَحْرُومُ ވެގެންނެވެ.

  68. 68

    أَفَرَءَيْتُمُ ٱلْمَآءَ ٱلَّذِى تَشْرَبُونَ

    ʹAfaraʹaytumul maaa ʹallaẓee tashraboon?

    ކަލޭމެން ތިޔަބޯފެނާއިމެދު ކަލޭމެން ނިކަން ނިކަން ޚަބަރުދީބަލާށެވެ. (ދެކިބަލާށެވެ.)

  69. 69

    ءَأَنتُمْ أَنزَلْتُمُوهُ مِنَ ٱلْمُزْنِ أَمْ نَحْنُ ٱلْمُنزِلُونَ

    ʹAʹañtum ʹañzaltumoohu minal muzni ʹam Naḥnul muñziloon?

    ވިލާގަޑުން އެފެން ވެއްސަވަނީ ކަލޭމެން ހެއްޔެވެ. ނުވަތަ އެވެއްސާކަލަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟

  70. 70

    لَوْ نَشَآءُ جَعَلْنَـٰهُ أُجَاجًا فَلَوْلَا تَشْكُرُونَ

    Law nashaaaʹu jaʻalnaahu ʹujaajañ falawlaa tashkuroon?

    ތިމަންރަސްކަލާނގެ އެދިވޮޑި ގަންނަވާނަމަ ގަދަލޮނު ފެނެއްކަމުގައި އެފެން ތިމަންރަސްކަލާނގެ ލައްވައިފީހެވެ. ކަލޭމެނަ ފަހެ ޝުކުރު ނުކުރާނެހެއްޔެވެ؟

  71. 71

    أَفَرَءَيْتُمُ ٱلنَّارَ ٱلَّتِى تُورُونَ

    ʹAfaraʹaytumun naaral latee tooroon?

    ކަލޭމެން ރޯކޮށްގެން ތިޔައަންދާ އަލިފާނާއިމެދު ކަލޭމެން ނިކަން ޚަބަރުދީބަލާށެވެ. (ދެކިބަލާށެވެ.)

  72. 72

    ءَأَنتُمْ أَنشَأْتُمْ شَجَرَتَهَآ أَمْ نَحْنُ ٱلْمُنشِـُٔونَ

    ʹAʹañtum ʹañshaʹtum shajaratahaaa ʹam Naḥnul muñshiʹoon?

    އެގަސްއުފެއްދެވީ ކަލޭމެން ހެއްޔެވެ؟ ނުވަތަ އެގަސް ހައްދަވަނީ ތިމަންރަސްކަލާނގެ ހެއްޔެވެ؟

  73. 73

    نَحْنُ جَعَلْنَـٰهَا تَذْكِرَةً وَمَتَـٰعًا لِّلْمُقْوِينَ

    Naḥnu jaʻalnaahaa taẓkiratañw wamataaʻal lilmuq̣ween.

    (ނަރަކައިގެ އަލިފާނުގެ) ހަނދާނަކަށާއި އަދި ދަތުރުވެރިންނަށާއި ދުރުހިސާބުގައި\nއުޅޭމީހުންނަށް ވެސް ބޭނުންކޮށްލެވޭ އެއްޗެއްކަމުގައި ތިމަންރަސްކަލާނގެ އެ އަލިފާން ލެއްވީމެވެ.

  74. 74

    فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ

    Fasabbiḥ bismi Rabbikal ʻAz̤̣eem!

    ފަހެ ކަލޭގެފާނުންގެ ބޮޑުވެގެންވާ رَبُّ ނަންފުޅުން. ކަލޭގެފާނު تَسْبِيْح ވިދާޅުވާށެވެ!

  75. 75

    ۞ فَلَآ أُقْسِمُ بِمَوَٰقِعِ ٱلنُّجُومِ

    Falaaa ʹuq̣simu bimawaaq̣iʻin Nujoom,―

    ފަހެ ތަރިތައް އޮއްސޭ ތަންތަން ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.

  76. 76

    وَإِنَّهُۥ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌ

    Wa-ʹinnahoo laq̣asamul law taʻlamoona ʻaz̤̣eem,―

    އަދި ހަމަކަށަވަރުންއެއީ ކަލޭމެންނަށް އެނގޭނަމައެއީ ކަނޑައެޅިގެން ބޮޑުވެގެންވާ ހުވައެކެވެ.

  77. 77

    إِنَّهُۥ لَقُرْءَانٌ كَرِيمٌ

    ʹInnahoo la-Q̣urʹaanuñ Kareem,

    ހަމަކަށަވަރުން އެއީ މާތްވެގެންވާ قُرْآن އެއްކަން ކަށަވަރެވެ.

  78. 78

    فِى كِتَـٰبٍ مَّكْنُونٍ

    Fee Kitaabim maknoon,―

    ރައްކާތެރިވެގެންވާ ފޮތެއްގައިވާ (لَوْحُ المَحْفُوظ ގައިވާ)

  79. 79

    لَّا يَمَسُّهُۥٓ إِلَّا ٱلْمُطَهَّرُونَ

    Laa- yamassuhooo ʹillal muṭahharoon:

    طَاهِرُ ވެގެންވާ ބޭކަލަކު މެނުވީ (މަލާއިކަތް ބޭކަލަކުމެނުވީ) އެފޮތުގައި ނުބީހެއެވެ.

  80. 80

    تَنزِيلٌ مِّن رَّبِّ ٱلْعَـٰلَمِينَ

    Tañzeelum mir Rabbil ʻAalameen.

    އެއީ عَالَمُ ތަކުގެވެރި رَبُّ ގެ حَضْرَةُ ން ބާވާތްލައްވާ ބާވާތްލެއްވުމެކެވެ.

  81. 81

    أَفَبِهَـٰذَا ٱلْحَدِيثِ أَنتُم مُّدْهِنُونَ

    ʹAfabihaaẓal Ḥadees̤i ʹañtum mudhinoon?

    ކަލޭމެން އާދައިގެ އެއްޗެއްކަމުގައި ބަލައި ދޮގުކުރަނީ މިވާހަކަ ހެއްޔެވެ؟ (މި قُرْآن ހެއްޔެވެ؟)

  82. 82

    وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ

    Wa-tajʻaloona rizq̣akum ʹannakum tukaẓẓiboon?

    އަދި ކަލޭމެން ކަލޭމެންގެ ރިޒުޤުގެ ޝުކުރުކުރު ން ހަމަކަށަވަރުން ކަލޭމެން ދޮގުކުރުމެއް ކަމުގައި ލަނީ ހެއްޔެވެ؟ الله ބާވާތްލެއްވި ވާރޭފެން ތަރިއަށް ނިސްބަތްކުރަނީއެވެ.

  83. 83

    فَلَوْلَآ إِذَا بَلَغَتِ ٱلْحُلْقُومَ

    Falawlaa ʹiẓaa balag̣atil ḥulq̣oom,―

    (މަރުވާމީހާ) ލަގޮޑިވަޅާއި ހަމައަށް ފުރާނަ އަރައްޖެއްޔާ

  84. 84

    وَأَنتُمْ حِينَئِذٍ تَنظُرُونَ

    Wa-ʹañtum ḥeenaʹiẓiñ tañz̤̣uroon,―

    އަދިކަލޭމެން އެހިނދުން އޭނާއަށް ބަލަހައްޓައިގެން ތިބޭނެއެވެ.

  85. 85

    وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَـٰكِن لَّا تُبْصِرُونَ

    Wa-Naḥnu ʹaq̣rabu ʹilayhi miñkum wa-laakil laa tubṣiroon,―

    އަދި ތިމަންރަސްކަލާނގެ އޭނާއާއި ގާތްކަން ބޮޑެވެ. އަދި އެހެނެއްކަމަކު ކަލޭމެންނަކަށް ނުފެނެއެވެ.

  86. 86

    فَلَوْلَآ إِن كُنتُمْ غَيْرَ مَدِينِينَ

    Falawlaaa ʹiñ kuñtum g̣ayra madeeneen,―

    ،(87) ފަހެ ކަލޭމެން މަރުވުމަށްފަހު ހިސާބުބައްލަވާނެކަމަށް އެއްބަސްނުވަންޏާ ކަލޭމެން އެފުރާނަ އަނބުރާ ރައްދުކުރާހުށި ކަމެވެ. ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާއެވެ.

  87. 87

    تَرْجِعُونَهَآ إِن كُنتُمْ صَـٰدِقِينَ

    Tarjiʻoonahaaa ʹiñ kuñtum ṣaadiq̣een?

    ،(87) ފަހެ ކަލޭމެން މަރުވުމަށްފަހު ހިސާބުބައްލަވާނެކަމަށް އެއްބަސްނުވަންޏާ ކަލޭމެން އެފުރާނަ އަނބުރާ ރައްދުކުރާހުށި ކަމެވެ. ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާއެވެ.

  88. 88

    فَأَمَّآ إِن كَانَ مِنَ ٱلْمُقَرَّبِينَ

    Faʹammaaa ʹiñ kaana minal Muq̣arrabeen,―

    ފަހެ އޭނާ އެބަހީ (މަރަށް حاضِر ވީ މީހާ) ކުއްތަންވެގެންވާ މީހުންގެތެރެއިން ވަންޏާ.

  89. 89

    فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ

    Fa-Rawḥuñw Wa-Rayḥaanuñw Wa-Jannatu Naʻeem.

    ފަހެ އޭނާއަށް ހުރީ ދުނިޔޭގެ އުދަގުލުން އަރާމު ލިބިގަތުމާއި އަދި ސުވަރުގޭގެ ރިޒުޤެވެ. (ނުވަތަމީރުވަސްދުވާ މާމެލާމެއްޔެވެ.) އަދި نِعْمة ތަކުގެވެރި ސުވަރުގެއެވެ.

  90. 90

    وَأَمَّآ إِن كَانَ مِنْ أَصْحَـٰبِ ٱلْيَمِينِ

    Wa-ʹammaaa ʹiñ kaana min ʹAṣḥaabil yameen.―

    އަދި އޭނާކަނާތްފަރާތުގެ އެކުވެރިންގެތެރެއިން ވަންޏާ (މަރަށް حاضِر ވީ މީހާ ކަނާތްފަރާތުގެ އެކުވެރިންގެ ތެރެއިންވަންޏާ އޭނާއަށް ބުނެވޭނެއެވެ.)

  91. 91

    فَسَلَـٰمٌ لَّكَ مِنْ أَصْحَـٰبِ ٱلْيَمِينِ

    Fa-Salaamul laka min Aṣḥaabil yameen.

    ކަނާތްފަރާތުގެ އެކުވެރިންގެފަރާތުން. ފަހެކަލެއަށް ސަލާމު ހުއްޓެވެ. (އޭނާއަށް އެންގޭނެއެވެ.)

  92. 92

    وَأَمَّآ إِن كَانَ مِنَ ٱلْمُكَذِّبِينَ ٱلضَّآلِّينَ

    Wa-ʹammaaa ʹiñ kaana minal Mukaẓẓibeenaḍ ḍaaalleen,

    އަދި އެމީހާ ދޮގުވެރި މަގުފުރެދުނުމީހުންގެތެރެއިން ވަންޏާ ދަންނައެވެ.

  93. 93

    فَنُزُلٌ مِّنْ حَمِيمٍ

    Fanuzulum min ḥameem,―

    ފަހެ އޭނާހައަށްހުންނަހުށީ އެންމެ ހޫނުފެނުގެ މެހުމާންދާރީ ކަމެވެ.

  94. 94

    وَتَصْلِيَةُ جَحِيمٍ

    Wa-taṣliyatu Jaḥeem.

    އަދި ނަރަކައިގެ އަލިފާނުގައި އެނދުމެވެ.

  95. 95

    إِنَّ هَـٰذَا لَهُوَ حَقُّ ٱلْيَقِينِ

    ʹInna haaẓaa lahuwa Ḥaq̣q̣ul Yaq̣een.

    ހަމަކަށަވަރުން މިއީ ކަނޑައެޅިގެން ޔަޤީނުންވެސް حَقُّ އެވެ.

  96. 96

    فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ

    Fasabbiḥ bismi Rabbikal ʻAz̤̣eem.

    ފަހެ ހައިބަ ބޮޑުވެގެންވާ ކަލޭގެފާނުންގެ رَبُّ ނަންފުޅުން ކަލޭގެފާނު تَسْبِيْح ވިދާޅުވާށެވެ!