Back to Quran

ސޫރަތްތައް 54

Al-Qamar

The Moon · Makki · 55 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ

    ʹIq̣tarabatis Saaʻatu wañ-shaq̣q̣al Q̣AMAR.

    قيامة ދުވަސް ގާތްވެއްޖެއެވެ. އަދި ހަނދު ފަޅައިގެން ހިނގައްޖެއެވެ.\nދަންނައެވެ. قيامة ގާތްވެއްޖެ ކަމުގައި އޮތް ބަސްފުޅުން މުރާދުވެވެނީ محمّد ﷺ ގެ نبي ކަމާއިގެން ފޮނުއްވެވުމުގެ ވަގުތުން ފެށިގެން ދެން އޮތް ވަގުތާއި، އޭގެ ކުރީން ދުނިޔެއިން ވޭތިވެގެން ދިޔަ ވަގުތާ އަޅާ ބަލާއިރު އިސްވެދިޔަ ވަގުތު ގިނަވެފައި، رسول الله ﷺ އެއީ އެންމެ ފަހުގެ نبي އާ ކަމުގައި ވީކަމެވެ. ފަހެ އެކަލޭގެފާނު ފޮނުއްވެވުމުން ދެން قيامة އެ ގާތްވީއެވެ.\nހަނދު ފަޅައިގެންދިޔަ މައްސަލައަކީ تاريخ އާއި، سيرة ން صريح ކޮށް ސާބިތުވާ ގޮތުން مكّة ގެ مشرك ން رسول الله ﷺ ގެ އަރިހުން އެކަމަށް އެދުނު ހިނދުން އެކަލޭގެފާނު ހަނދަށް إشارة ކުރެއްވުމުން ﷲ އެ ހަނދު ދެފަޅިކުރައްވައި رسول الله ﷺ ގެ رسول ކަމުގެ މައްޗަށް تائيد ކުރާ معجزة އެއްގެ ގޮތުން ލެއްވި ކަމެވެ. އެ އެ معجزة ކާފަރުންވެސް ދުށްޓެވެ. އަދި إيمان ނުވި މީހުން ބުނީ އެއީ ދެމިގެންވާ سحر އެއް ކަމަށެވެ. އެވާހަކަ ދެވަނަ آية ގައި އެވަނީއެވެ.

  2. 2

    وَإِن يَرَوْا۟ ءَايَةً يُعْرِضُوا۟ وَيَقُولُوا۟ سِحْرٌ مُّسْتَمِرٌّ

    Wa-ʹiñy yaraw ʹaayatañy yuʻriḍoo wa-yaq̣ooloo siḥrum mustamirr.

    އަދި އެމީހުން ކޮންމެ معجزة އެއް ދުށް ނަމަވެސް އެމީހުން އެއެއްޤަބޫލެއް ނުކުރެއެވެ. އެވެ. އަދި އެމީހުން ބުނަނީ ތިޔައީ ދެމިގެންވާ سحر އެއް ކަމަށެވެ.

  3. 3

    وَكَذَّبُوا۟ وَٱتَّبَعُوٓا۟ أَهْوَآءَهُمْ ۚ وَكُلُّ أَمْرٍ مُّسْتَقِرٌّ

    Wa-kaẓẓaboo wattabaʻooo ʹahwaaaʹahum wa-kullu ʹamrim mustaq̣irr.

    އަދި އެމީހުން (ﷲ ގެ رسول އާ އާއި، އަދި ﷲ ގެ قدرة ތެރިކަމުގެ ތެރެއިން އެމީހުން ދުށް ކަންތައްތައް) ދޮގުކޮށްފި އެވެ. އަދި އެމީހުން تبع ވީ އެމީހުން ގެ އަމިއްލަ އެދުމާއެވެ. އެމީހުންގެ هوٰى نفس އާއެވެ. އަދި ހުރިހާ ކަމެއް ވަނީ قرار ވެގެންނެވެ. (އެބަހީ ހުރިހާ ކަމެއްވެސް އޭގެ نهاية ގައި ވަނީ قرار ވެ ހަމަޖެހި ނިމިފައެވެ. ފަހެ ހެޔޮ ކަންތައް ވަނީ ހެޔޮކަމުގެ أهل ވެރީންނާ ހަމައަށް ނިމި ވެފައެވެ. އަދި ނުބައި ކަންތައް ވަނީ ނުބައިކަމުގެ أهل ވެރީންނާ ހަމައަށް ނިމި قرار ވެފައެވެ.) والله أعلم.

  4. 4

    وَلَقَدْ جَآءَهُم مِّنَ ٱلْأَنۢبَآءِ مَا فِيهِ مُزْدَجَرٌ

    Wa-laq̣ad jaaaʹahum minal ʹambaaaʹi maa- feehi muzdajar.

    އަދި އެ خبر ތަކުގައި ބިރުވެރިކަން ހުރި ވާހަކަތަކާއި، خبر ތައް ހަމަކަށަވަރުން އެމީހުން ކައިރިޔަށް އަތުވެއްޖެއެވެ. (އެބަހީ مكّة ގެ مشرك ން ގާތަށް ނުވަތަ عامّ ކޮށް އެންމެހައި ކާފަރުން ގާތަށް އިސްވެދިޔަ أمّة ތަކުގެ ވާހަކަތަކުގެ ތެރެއިން ބިރުވެރިކަން ހުރި ވާހަކަތައް މި قرآن ން އައިސްފައި ވާނެއެވެ. މި މީހުން އެއިން عبرة حاصل ކުރުން ހުއްޓެވެ.)

  5. 5

    حِكْمَةٌۢ بَـٰلِغَةٌ ۖ فَمَا تُغْنِ ٱلنُّذُرُ

    Ḥikmatum baalig̣atuñ famaa tug̣nin Nuẓur.

    އެއީ، އެބަހީ قرآن އަކީ އޭގެ بلاغة ތެރިކަމާއި، ފުރިހަމަކަން އޭގެ نهاية އަށް ގޮސްފައިވާ ފޮތެކެވެ. ފަހެ (އެކަމަކު) إنذار އަކުން ފައިދާއެއް ނުކުރިއެވެ. (އެބަހީ އިސްވެދިޔަ قوم ތަކަށް ވަޑައިގެންނެވި نبي ބޭކަލުންނާއި، رسول ބޭކަލުން އެ قوم ތަކަށް އެ ކުރެއްވި إنذار ން އެ قوم ތަކަކަށް އެއްވެސް ކަމެއް ނުފުދުނެވެ.)

  6. 6

    فَتَوَلَّ عَنْهُمْ ۘ يَوْمَ يَدْعُ ٱلدَّاعِ إِلَىٰ شَىْءٍ نُّكُرٍ

    Fatawalla ʻanhum. Yawma yadʻud Daaʻi ʹilaa shayʹin nukur,

    (އޭ މާތްވެގެންވާ رسول އާއެވެ!) އެމީހުންގެ ކިބައިން ކަލޭގެފާނު އެނބުރިވަޑައިގަންނަވާށެވެ. އެމީހުން ދޫކޮށްލައްވާށެވެ. الله އެމީހުންނާމެދު حكم ކުރައްވާނެއެވެ. އަދި ގޮވާލައްވާ ފަރާތުގެ ގޮވާލެއްވުމުގެ ދުވަސް ހަނދުމަފުޅު ކުރައްވާށެވެ. (އެއީ إسرافيل ގެފާނު އެންމެހައި މީސްތަކުން محشر އަށް جمع ވުމަށް ގޮވާލައްވާ ގޮވާލެއްވުމެވެ.) އެކަލޭގެފާނު ގޮވާލައްވާނީ އެ ކާފަރުން إنكار ކުރާ އެއްޗަކަށެވެ. އެއީ محشر ގެ ميدان އަށް جمع ވުމަށެވެ.

  7. 7

    خُشَّعًا أَبْصَـٰرُهُمْ يَخْرُجُونَ مِنَ ٱلْأَجْدَاثِ كَأَنَّهُمْ جَرَادٌ مُّنتَشِرٌ

    Khushshaʻan ʹabṣaaruhum yakhrujoona minal ʹajdaas̤i kaʹannahum jaraadum muñtashir.

    އެމީހުންތައް ލޯތަކުން ފެންކަޅިވެ ބިރުވެތިވެގެންވާ حال ކައްވަޅުތަކުން ނުކުންނާނެއެވެ. (މީސްތަކުން ގިނަކަމާއެކު އެއްބަޔަކު އަނެއް ބައެއްގެ ތެރެއަށް ވަދެ މަސްހުނިވުމުގެ ސަބަބުން) އެމީހުން ހީވާނީ ފެތުރިގެންވާ ގޮއްފުޅަނގިތަކެއް ހެންނެވެ.

  8. 8

    مُّهْطِعِينَ إِلَى ٱلدَّاعِ ۖ يَقُولُ ٱلْكَـٰفِرُونَ هَـٰذَا يَوْمٌ عَسِرٌ

    Muhṭiʻeena ʹilad Daaʻ! Yaq̣oolul kaafiroona ˹Haaẓaa Yawmun ʻasir.˺

    މީސްތަކުން އަވަސް އަވަހަށް އެ ގޮވާލާ ބޭކަލަކާ ދިމާއަށް އަވަސްވެގަންނާނެއެވެ. އަދި ކާފަރުން ބުނާނެއެވެ. މިއީ އުނދަގޫ ދުވަހެކެވެ. ދަތި ދުވަހެކެވެ.

  9. 9

    ۞ كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ فَكَذَّبُوا۟ عَبْدَنَا وَقَالُوا۟ مَجْنُونٌ وَٱزْدُجِرَ

    Kaẓẓabat q̣ablahum Q̣awmu Nooḥiñ fakaẓẓaboo ʻAbdanaa wa-q̣aaloo majnooñuw wazdujir.

    އަދި އެމީހުންގެ ކުރީން - އެބަހީ مكّة ގެ مشرك ންގެ ކުރީން - نوح ގެފާނުންގެ قوم ގެ މީހުން (އެމީހުން ގާތަށް ފޮނުއްވެވުނު رسول نوح عَلَيه السلام ގެ رسول ކަން) ދޮގުކުރިއެވެ. އަދި އެމީހުން ތިމަން ރަސްކަލާނގެ އަޅާ - އެބަހީ نوح- عَلَيه السلام ދޮގުކޮށްފިއެވެ. އަދި އެމީހުން އެކަލޭގެފާނާ ދިމާއަށް ބުނީ އެއީ مجنون އެކެވެ. މޮޔައެކެވެ. އަދި އެމީހުން އެކި ގޮތްގޮތުން އެކަލޭގެފާނު ބިރުގަންނަވާހެދިއެވެ.

  10. 10

    فَدَعَا رَبَّهُۥٓ أَنِّى مَغْلُوبٌ فَٱنتَصِرْ

    Fadaʻaa Rabbahooo ʹannee mag̣loobuñ fañtaṣir!

    ދެންފަހެ (نوح عَلَيه السلام ގެ قوم ގެ މީހުން އެކަލޭގެފާނު ދޮގުކުރި ހިނދުން) އެކަލޭގެފާނު އެކަލޭގެފާނުންގެ ربّ އަށް دعاء ދެންނެވިއެވެ. އޭ، މިއަޅާގެ ربّ އެވެ. މިއަޅާ ވަނީ ބަލިވެ، ދެރަވެގެންނެވެ. އެހެންވެ މިއަޅާއަށް نصر ދެއްވާނދޭވެ!

  11. 11

    فَفَتَحْنَآ أَبْوَٰبَ ٱلسَّمَآءِ بِمَآءٍ مُّنْهَمِرٍ

    Fafataḥnaaa ʹabwaabas samaaaʹi bimaaaʹim munhamir.

    ދެންފަހެ ތިމަން ރަސްކަލާނގެ އޮހިއޮހިގެން ފައިބާ ފެނާއިގެން އުޑުގެ ދޮރުތައް ހުޅުވައިލީމެވެ. (އެބަހީ ބޯކޮށް ވާރޭ ވެއްސެވީމެވެ.)

  12. 12

    وَفَجَّرْنَا ٱلْأَرْضَ عُيُونًا فَٱلْتَقَى ٱلْمَآءُ عَلَىٰٓ أَمْرٍ قَدْ قُدِرَ

    Wa-fajjarnal ʹarḍa ʻuyoonañ faltaq̣al maaaʹu ʻalaaa ʹamriñ q̣ad q̣udir.

    އަދި ބިމުންވެސް ފެންކޯރުތައް ފަޅުއްވައި، ބިމުގައި ކޯރު ދަންމަވާލެއްވީމެވެ. ދެން ވާރޭފެނާއި، ބިމުގެ ފެނާ އެއްކުރައްވާހެއްދެވީމެވެ. (އެއީ އަވަހަށް ފެންގަނޑު ބޮޑުކޮށްލާށެވެ.) އަދި އެކަމަކީ މާ ކުރީ أزل ގައި ލިޔެވި މިންވަރުވެ ނިމިފައިވާ އަމުރެއްގެ މައްޗަށެވެ.

  13. 13

    وَحَمَلْنَـٰهُ عَلَىٰ ذَاتِ أَلْوَٰحٍ وَدُسُرٍ

    Wa-ḥamalnaahu ʻalaa ẓaati ʹalwaaḥiñw Wadusur,

    އަދި ތިމަން ރަސްކަލާނގެ އެކަލޭގެފާނު (އެބަހީ نوح عَلَيه السلام) ފިލަޔާއި، މޮހޮރުން ހަދާފައިވާ ނާކޮޅުގައި އުފުއްލެވީމެވެ.

  14. 14

    تَجْرِى بِأَعْيُنِنَا جَزَآءً لِّمَن كَانَ كُفِرَ

    Tajree biʹaʻyuninaa; jazaaaʹal limañ kaana kufir!

    އެ ނާކޮޅު ދުވަމުން ދިޔައީ ތިމަން ރަސްކަލާނގެ ފުރިހަމަ ބެއްލެވުމާއި، ރައްކާތެރިކަމާ އެކުގައެވެ. އެއީ ކާފަރުވީ މީސްތަކުންނަށް عذاب އެއްގެ ގޮތުންނެވެ. (އެމީހުން ކަނޑުގައި غرق ވެގެން ދިޔައީއެވެ.)

  15. 15

    وَلَقَد تَّرَكْنَـٰهَآ ءَايَةً فَهَلْ مِن مُّدَّكِرٍ

    Wa-laq̣at taraknaahaaa ʹAayatañ fahal mim muddakir?

    އަދި ތިމަން ރަސްކަލާނގެ އެ ކަންތައް (އެބަހީ نوح ގެފާނުން އެ وَاقِعَة)، ފުރިހަމަ عبرة އަކަށް ދުނިޔެއަށް ދޫކުރެއްވީމެވެ. ފަހެ وعظ އާއި، نصيحة އާއި، عبرة ލިބިގަންނަ އެކަކުވެސް އުޅޭ ބާވައެވެ؟

  16. 16

    فَكَيْفَ كَانَ عَذَابِى وَنُذُرِ

    Fakayfa kaana ʻAẓaabee wa-Nuẓur?

    ދެންފަހެ (އެ أمّة ގެ މީހުންނާމެދު) ތިމަން ރަސްކަލާނގެ عذاب އާއި، إنذار ހުރީ ކޮންފަދައަކުން ހެއްޔެވެ؟ (އެކަން ހުރީ ވަރަށްވެސް ބޮޑު އަދި ބިރުވެރިކޮށެވެ.)

  17. 17

    وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ

    Wa-laq̣ad yassarnal Q̣urʹaana liẓ-Ẓikri fahal mim muddakir?

    އަދި ހަމަކަށަވަރުން ދަސްކުރުމަށާއި، ވިސްނައި ފިކުރު ކުރުމަށް ފަސޭހަ އެއްޗެއް ކަމުގައި ތިމަން ރަސްކަލާނގެ قرآن ލެއްވީމެވެ. ދަސްކުރުމަށް قرآنފަސޭހަކުރެއްވީމެވެ.

  18. 18

    كَذَّبَتْ عَادٌ فَكَيْفَ كَانَ عَذَابِى وَنُذُرِ

    Kaẓẓabat ʻAaduñ fakayfa kaana ʻAẓaabee wa-Nuẓur.

    عاد ބާގައިގެ މީހުން (އެމީހުންގެ ގާތަށް ފޮނުއްވުނު رسول އާ هود عَلَيه السلام) ދޮގުކޮށްފޫއެވެ. ފަހެ އެމީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ عذاب އާއި، إنذار ހުރީ ކޮންފަދައަކުން ހެއްޔެވެ؟

  19. 19

    إِنَّآ أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِى يَوْمِ نَحْسٍ مُّسْتَمِرٍّ

    ʹInnaaa ʹarsalnaa ʻalayhim reeḥañ ṣarṣarañ fee Yawmi naḥsim mustamirr,

    ހަމަކަށަވަރުން ފިނިކަން ގަދަވެގެންވާ ސުންޕާ ވައެއް ތިމަން ރަސްކަލާނގެ އެމީހުންގެ މައްޗަށް ފޮނުއްވީމެވެ. (ހަތް ރެޔާއި، އަށް ދުވަސް ވާނދެން) އެމީހުންގެ މައްޗަށް އެ ވައި ދެމިހުއްޓެވެ.

  20. 20

    تَنزِعُ ٱلنَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍ مُّنقَعِرٍ

    Tañziʻun naasa kaʹannahum ʹaʻjaazu nakhlim muñq̣aʻir.

    އެ ވައިގެ ބާރުކަމުން އެމީހުން ބިމުން ވަކިވެ އެތައް ހިސާބަކަށް އުފުލިފައި ކަނދުރާވަތަށް ވެއްޓި ޖެހޭބާރު ބޯ ވަކިވާ ކަމުގައި ވިއެވެ. އެމީހުން އެ حال ގައި ތިއްބާ ފެނުނީމައި ހީވަނީ ކޮންފަދައަކުން ހެއްޔެވެ؟ ހީވަނީ ބިމުން ލުހެވި، އުކިފައިވާ ކަދުރު ރުކުގެ ބުޑުތަކެއް ހެންނެވެ.

  21. 21

    فَكَيْفَ كَانَ عَذَابِى وَنُذُرِ

    Fakayfa kaana ʻaẓaabee wa-nuẓur?

    ފަހެ ތިމަން ރަސްކަލާނގެ عذاب އާއި، إنذار އެމީހުންގެ މައްޗަށް ކޮންފަދަ ހެއްޔެވެ؟ (ގަދަފަދަ ވެގެން ވިއެވެ.)

  22. 22

    وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ

    Wa-laq̣ad yassarnal Q̣urʹaana liẓ-Ẓikri fahal mim muddakir?

    އަދި ހަމަކަށަވަރުން ދަސްކޮށް، فكر ކޮށް ވިސްނާހެދުމަށް ތިމަން ރަސްކަލާނގެ قرآن ފަސޭހަކުރެއްވީމެވެ. ފަހެ وعظ އާއި، نصيحة އާއި، عبرة ލިބިގަންނަ އެކަކުވެސް އެބަ ވޭބާވައެވެ؟\nنصيحة އާއި عبرة ލިބިގަންނަ އެކަކުވެސް އެބަހުރި ބާވައެވެ؟

  23. 23

    كَذَّبَتْ ثَمُودُ بِٱلنُّذُرِ

    Kaẓẓabat S̤amoodu bin-Nuẓur.

    ثمود ބާގައިގެ މީހުން رسول ބޭކަލުން ދޮގުކޮށްފިއެވެ. ثمود ބާގައިގެ މީހުންނަކީ سلام ލެއްވި صالح ގެފާނުންގެ قوم ގެ މީހުންނެވެ. އެމީހުން صالح ގެފާނުންގެ رسول ކަން ދޮގުކުރުމުގެ ސަބަބުން އެމީހުން رسول ން ދޮގުކުރިކަމަށް وحِى ކުރައްވާފައި އެވަނީއެވެ. އެއިން އެނގޭ އެއްޗަކީ رسول ބޭކަލުންކުރެ އެއް ބޭކަލަކު ދޮގުކުރުމުން ހުރިހާ رسول ން ދޮގުކުރުމެކޭ އެއްވަރު ވާނެކަމެވެ.

  24. 24

    فَقَالُوٓا۟ أَبَشَرًا مِّنَّا وَٰحِدًا نَّتَّبِعُهُۥٓ إِنَّآ إِذًا لَّفِى ضَلَـٰلٍ وَسُعُرٍ

    Faq̣aalooo ʹabasharam minnaa waaḥidan nattabiʻuhooo ʹinnaaa ʹiẓal lafee ḍalaaliñw wasuʻur!

    އަދި އެބައިމީހުން (صالح ގެފާނާ ދިމާއަށް ބުންޏެވެ.) އަހުރެމެން ކަހަލަ ހަމަ އެންމެ آدم ގެ ދަރިޔަކަށް އަހުރެމެން تبع ވާންވީ ހެއްޔެވެ؟ އެހެން ހަދައިފިނަމަ އަހުރެމެން ވާނީ ކަނޑައެޅިގެން މަގުފުރެދުމެއްގައެވެ. އަދި ސީދާ ތެދުގޮތާ ދުރުވެގެންނެވެ. ނުވަތަ އަހުރެމެން ވާނީ މޮޔަ ބަޔަކު ކަމުގައެވެ. (އެހެނީ އޭނާޔަކީ ހަމަ އަހުރެމެންގެ މީހެކެވެ. ކައިބޮއި ހަދަނީވެސް ހަމަ އަހުރެމެން ކައިބޮއިހަދާ ތަކެއްޗެވެ.

  25. 25

    أَءُلْقِىَ ٱلذِّكْرُ عَلَيْهِ مِنۢ بَيْنِنَا بَلْ هُوَ كَذَّابٌ أَشِرٌ

    ʹA-ʹulq̣iyaẓ Ẓikru ʻalayhi mim bayninaa bal huwa kaẓẓaabun ʹashir!

    އަހުރެމެންގެ ތެރެއިން އޭނާއަށް وحِى އާއި، نبيކަން އަންނަންވީ ހެއްޔެވެ؟ (އޭނާއަށްވުރެ މާ ރަނގަޅު މީހުންވެސް މި ތިބީއެވެ.) އެއީ ބޮޑު عجائب އެކެވެ. އަދި ކިޔެއް ހެއްޔެވެ؟ އޭނާއަކީ ގިނަގިނައިން ދޮގުހަދާ ބޮޑާ މީހަކީއެވެ.

  26. 26

    سَيَعْلَمُونَ غَدًا مَّنِ ٱلْكَذَّابُ ٱلْأَشِرُ

    Sayaʻlamoona g̣adam manil kaẓẓaabul ʹashir!

    (الله އެމީހުންނަށް ރައްދުކުރައްވައި وحِى ކުރައްވަނީއެވެ.) ނިކަންހުރެ ދޮގުވެރިޔަކީ ކާކުކަން، އަދި ބޮޑާ މީހަކީ ކާކުކަން މާދަމާ (قيامة ދުވަހުން ނުވަތަ عذاب އަންނަ ދުވަހުން) ރަނގަޅަށް އެމީހުންނަށް އެނގިދާނެއެވެ.

  27. 27

    إِنَّا مُرْسِلُوا۟ ٱلنَّاقَةِ فِتْنَةً لَّهُمْ فَٱرْتَقِبْهُمْ وَٱصْطَبِرْ

    ʹInnaa mursilun naaq̣ati fitnatal lahum fartaq̣ibhum waṣṭabir!

    ނިކަންހުރެ އެމީހުންނަށް إمتحان އެއްގެ ގޮތުން ތިމަން ރަސްކަލާނގެ جمل ކޮޅު ނެރުއްވާހުށީމެވެ. (އެއީ صالح ގެފާނުންގެ ކިބައިން معجزة އަކަށް އެމީހުން އެދުނު ހިނދުން الله އެމީހުންނަށް ފޮނުއްވި معجزة އެކެވެ.) ރީތިކަމާއި، ބާރުގެ ގޮތުން لا مثيل އެއްޗެކެވެ. ދެންފަހެ الله تعالى صالح ގެފާނަށް އެންގެވިއެވެ. އެމީހުންގެ ކަންތައް ހުންނަ ގޮތަކާމެދު ބައްލަވާން ހުންނަވާށެވެ. އަދި ކެތްތެރި ވެވަޑައިގަންނަވާށެވެ.

  28. 28

    وَنَبِّئْهُمْ أَنَّ ٱلْمَآءَ قِسْمَةٌۢ بَيْنَهُمْ ۖ كُلُّ شِرْبٍ مُّحْتَضَرٌ

    Wa-nabbiʹhum ʹannal maaaʹa q̣ismatum baynahum: kullu shirbim muḥtaḍar.

    އަދި ރަށުގެ ފެން ވަނީ ދެބަޔަށް ބެހިގެން ކަމުގައި އެމީހުންނަށް އަންގަވާށެވެ. އެބަހީ އެބައިމީހުން ފެން ބޭނުންކުރާ ވަޅުގެ ފެން ހުންނަން ވާނީ ބެހެވިގެންނެވެ. އެއްދުވަހު ހުރިހާ ފެނެއް ހުންނާނީ جمل ކޮޅަށެވެ. އަނެއް ދުވަހު ރަށުގެ މީހުންނަށާއި، އެހެނިހެން حيوان އަށެވެ. (ދެންފަހެ މިބައިމީހުންނަށް މިގޮތް ކަމު ނުގޮސްގެން ދުވަސްކޮޅެއް ވީފަހުން އެ جمل ކޮޅު ކަތިލުމުގެ خيال އައިސް އެކަމަށް ތައްޔާރުވެއްޖެއެވެ.

  29. 29

    فَنَادَوْا۟ صَاحِبَهُمْ فَتَعَاطَىٰ فَعَقَرَ

    Fanaadaw ṣaaḥibahum fataʻaaṭaa faʻaq̣ar.

    ފަހެ އެމީހުން އެމީހުންގެ އެކުވެރިޔާ (قَدَّار بن سالِف) އަށް ގޮވައިފިއެވެ. ދެން އޭނާ ކަނޑިނަގައި އެ جمل ކޮޅުގައި ޖަހައި އެ جمل ކޮޅު ކަތިލައި ނިންމައިފިއެވެ

  30. 30

    فَكَيْفَ كَانَ عَذَابِى وَنُذُرِ

    Fakayfa kaana ʻAẓaabee wa-Nuẓur!

    ފަހެ ތިމަން ރަސްކަލާނގެ عذاب އާއި إنذار ހުރީ ކޮންފަދައަކުން ހެއްޔެވެ؟

  31. 31

    إِنَّآ أَرْسَلْنَا عَلَيْهِمْ صَيْحَةً وَٰحِدَةً فَكَانُوا۟ كَهَشِيمِ ٱلْمُحْتَظِرِ

    ʹInnaaa ʹarsalnaa ʻalayhim Ṣayḥatañw waaḥidatañ fakaanoo kahasheemil muḥtaz̤̣ir.

    ތިމަން ރަސްކަލާނގެ އެމީހުންގެ މައްޗަށް ފޮނުއްވީ އެންމެ އަޑުފަށެކެވެ. (جبريل عليه السلام ގޮވާލެއްވި އެންމެ އަޑުފަށެކެވެ.) އެ އަޑުފަށް ގަދަކަމުން އެމީހުންގެ ކަންފަތްތަކަށް ކެތްނުވެ ހިތްތައް މުޅީން ފަޅަފަޅައިގެން ގޮސް އެންމެން - އެންމެހާ ކާފަރުން - މަރުވެ ތަންޑާވީއެވެ. އެމީހުން ހީވަނީ އެތަން-މިތަނަށް އުކިފައިވާ ގެރިބަކައްޓަށް ކާންދޭން ތައްޔާރުކޮށްފައިވާ ހިކި ވިނަބޮނޑިބޮނޑި ހެންނެވެ. (މިއީ އެ قوم އަށް އައި عذاب އެވެ. ސަލާމަތްވީ صالح ގެފާނާއި، ދެންވެސް ތިބި مؤمن ންއެޢަޒާބުން އެކަލާނގެ ސަލާމަތްކުރެއްވިއެވެ.

  32. 32

    وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ

    Wa-laq̣ad yassarnal Q̣urʹaana liẓ-Ẓikri fahal mim muddakir?

    އަދި ހަމަކަށަވަރުން ދަސްކުރުމަށާއި، ވިސްނައި فكر ކުރުމަށް ތިމަން ރަސްކަލާނގެ قرآن ފަސޭހަކުރެއްވީމެވެ. ފަހެ وعظ އާއި، نصيحة ލިބިގަންނަ މީހަކު ވޭބާވައެވެ؟

  33. 33

    كَذَّبَتْ قَوْمُ لُوطٍۭ بِٱلنُّذُرِ

    Kaẓẓabat Q̣awmu Looṭim bin-Nuẓur.

    لوط ބާގައިގެ މީހުން އެމީހުންގެ رسول އާ (لوط عَلَيهِ السلام) ދޮގުކުރިއެވެ. (لوط عَلَيهِ السلام އަކީ إبراهيم عَلَيهِ السلام ގެ أخ هارون ގެ ދަރިކަލުންނެވެ. އެކަލޭގެފާނުގެ قوم އަކީ سدوم ކިޔާ ރަށެކެވެ. މި ރަށުގެ މީހުންނަކީ ފިރިހެނުންނާ އެޅުނު ބަޔެކެވެ. އެންމެ ފަހުން الله تعالى އެމީހުން ހަލާކު ކުރެއްވުމަށް އިރާދަކުރައްވައި އެރަށް ހަލާކު ކުރެއްވުމަށް ملائكة ންގެ جماعة އެއް ފޮނުއްވިއެވެ. އެ ބޭކަލުން ފޮނުއްވީ ރީތި ފިރިހެނުންތަކެއްގެ ސިފައިގައެވެ. އެހިނދުން ރަށުގެ މީހުން ދިމާކުރީ މި މާތް ملائكة ބޭކަލުން ގަޔަށް އަރާށެވެ. އެވަގުތު الله تعالى އެމީހުންގެ ލޯތައް އަނދިރި ކުރައްވައި ލޯ ހުރިތަން ލޯ ނެތްތަނެއް ކަމުގައި ހައްދަވާލެއްވިއެވެ.

  34. 34

    إِنَّآ أَرْسَلْنَا عَلَيْهِمْ حَاصِبًا إِلَّآ ءَالَ لُوطٍ ۖ نَّجَّيْنَـٰهُم بِسَحَرٍ

    ʹInnaaa ʹarsalnaa ʻalayhim ḥaaṣiban ʹillaaa ʹaala Looṭ; najjaynaahum̃ bisaḥar,―

    ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެމީހުންގެ މައްޗަށް ގަދަ ވައެއް ފޮނުވީމެވެ. އެ ވަޔާއެކު ހިލަކޮޅުކޮޅު އެކުލެވިގެން ވެއެވެ. އެއީ عذاب ގެ ހިލަކޮޅުކޮޅެވެ. لوط ގެފާނުންގެ آل ން ނޫން އެހެން އެންމެންނަށް އެ عذاب ދިމާވިއެވެ. لوطގެފާނުންގެ آل ން ތިމަން ރަސްކަލާނގެ ސަލާމަތްކުރައްވާ މިންޖުކުރެއްވީމެވެ. އެއީ ފަތިސްވަގުތުގައެވެ.)

  35. 35

    نِّعْمَةً مِّنْ عِندِنَا ۚ كَذَٰلِكَ نَجْزِى مَن شَكَرَ

    Niʻmatam min ʻIñdinaa; kaẓaalika najzee mañ shakar.

    އެއީ ތިމަން ރަސްކަލާނގެ حضرة ން އެބޭކަލުންނަށް ވާ نعمة އެއްގެ ގޮތުންނެވެ. ތިމަން ރަސްކަލާނގެ نعمة އަށް شكر ކުރާ މީހުންނަށް ތިމަން ރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.

  36. 36

    وَلَقَدْ أَنذَرَهُم بَطْشَتَنَا فَتَمَارَوْا۟ بِٱلنُّذُرِ

    Wa-laq̣ad ʹañẓarahum̃ baṭshatanaa fatamaaraw bin-Nuẓur.

    އަދި ހަމަކަށަވަރުން އެކަލޭގެފާނު އެބަހީ لوط ގެފާނު އެ قوم ގެ މީހުންނަށް ތިމަން ރަސްކަލާނގެ عذاب އާއި، ކޯފާއާއި، އަދި ހިއްޕެވުމުގެ ވާހަކައިން އިންޒާރުކުރެއްވިއެވެ. ފަހެ އެމީހުން ވީ އެކަމަށް ޝައްކު ކުރާ މީހުން ކަމުގައެވެ. އަދި އެމީހުން އެކަލޭގެފާނުންގެ ބަސް ނާހައި جدل ކުރީއެވެ. އެ ހުރިހައި إنذار އަކަށާއި، އެ ރަސޫލާއަށް އިދިކޮޅުހަދައި ޖަދަލުކޮށް ހެދީއެވެ.

  37. 37

    وَلَقَدْ رَٰوَدُوهُ عَن ضَيْفِهِۦ فَطَمَسْنَآ أَعْيُنَهُمْ فَذُوقُوا۟ عَذَابِى وَنُذُرِ

    Wa-laq̣ad raawadoohu ʻañ ḍayfihee faṭamasnaaa ʹaʻyunahum faẓooq̣oo ʻAẓaabee wa-nuẓur.

    ފަހެއެމީހުން ހަމަކަށަވަރުން އެކަލޭގެފާނުންގެ މެހުމާނުންގެ ގަޔަށް އަރައި ނުބައިކަންތައްކުރުމަށް ހީކުރިއެވެ. ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެ ލޯތައް ކަނުކޮށްލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ޢަޒާބުގެރަހަ ކަލޭމެން ލިބިގަންނާށޭ އެމީހުންނަށް އެންގެވީމެވެ.

  38. 38

    وَلَقَدْ صَبَّحَهُم بُكْرَةً عَذَابٌ مُّسْتَقِرٌّ

    Wa-laq̣ad ṣabbaḥahum̃ bukratan ʻAẓaabum mustaq̣irr:

    އަދި ހަމަކަށަވަރުން އެމީހުން އަވަސް އަވަހަށް ފަތިސްކުރީ ދެމިހުންނަނިވި عذاب އެއްގައެވެ. (އެބަހީ ބޮޑުފަތިހާ އަލިވާ ވަގުތު) އެމީހުންނަށް عذاب އައީއެވެ. އެއީ ދެމިހުންނަނިވި عذاب އެކެވެ. برزخ ގެ عالم ގައިވެސް އަދި آخرة ގައިވެސް އެމީހުންނަށް އެ عذاب ދެމިހުންނާނޭ ކަމަށް ވެއެވެ.

  39. 39

    فَذُوقُوا۟ عَذَابِى وَنُذُرِ

    Faẓooq̣oo ʻAẓaabee wa-Nuẓur.

    (އަދި އެމީހުންނަށް އެންގެވުނެވެ.) ތިމަން ރަސްކަލާނގެ عذاب އާއި، إنذار ގެ ރަހަ ކަލޭމެން ލިބިގަންނާށެވެ.

  40. 40

    وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ

    Wa-laq̣ad yassarnal Q̣urʹaana liẓ-Ẓikri fahal mim muddakir?

    އަދި ދަސްކުރުމަށާއި، ވިސްނައި فكر ކުރުމަށް ތިމަން ރަސްކަލާނގެ قرآن ފަސޭހަކުރެއްވީމެވެ. ފަހެ وعظ އާއި، نصيحة އާއި، عبرة ލިބިގަންނަ އެކަކުވެސް އެބަ ވޭބާވައެވެ؟

  41. 41

    وَلَقَدْ جَآءَ ءَالَ فِرْعَوْنَ ٱلنُّذُرُ

    Wa-laq̣ad jaaaʹa ʹAala Firʻawnan nuẓur.

    އަދި ހަމަކަށަވަރުން فرعون ގެ آل ންގެ ގާތަށްވެސް رسول ން ވަޑައިގަތެވެ. (އެއީ موسٰى عَلَيهِ السلام އާއި، هارون عَلَيهِ السلام އެވެ.)

  42. 42

    كَذَّبُوا۟ بِـَٔايَـٰتِنَا كُلِّهَا فَأَخَذْنَـٰهُمْ أَخْذَ عَزِيزٍ مُّقْتَدِرٍ

    Kaẓẓaboo biʹAayaatinaa kullihaa faʹakhaẓnaahum ʹakhẓa ʻAzeezim Muq̣tadir.

    އަދި އެމީހުން ތިމަން ރަސްކަލާނގެ އެންމެހައި معجزة ތައް ދޮގުކުރީއެވެ. (އެއީ ނުވަ معجزة ކަމުގައި ބުނެވެއެވެ.) ދެންފަހެ ހުރިހާ ކަމަކަށް ކުޅަދާނަ عزّة ތެރި، އަދި ބާރުގަދަ ފަރާތަކުން ހިފައިގަންނަ ގޮތަށް ތިމަން ރަސްކަލާނގެ އެމީހުން ހިއްޕެވީމެވެ. މަރައި، ހަލާކު ކުރެއްވީމެވެ.

  43. 43

    أَكُفَّارُكُمْ خَيْرٌ مِّنْ أُو۟لَـٰٓئِكُمْ أَمْ لَكُم بَرَآءَةٌ فِى ٱلزُّبُرِ

    ʹAkuffaarukum khayrum min ʹulaaaʹikum ʹam lakum̃ baraaaʹatuñ fiz Zubur?

    (އޭ مكّة ގެ ކާފަރުންނޭވެ.) އިސްވެ ބަޔާންވެ އެދިޔަ امّة ތަކުގެ ކާފަރުންނަށް ވުރެ ކަލޭމެންގެ ކާފަރުން ވަކީން ހެވީ ހެއްޔެވެ؟ އެބަހީ ހެވެއް ނޫނެވެ. (ކަލޭމެން އެއަށްވުރެވެސް ނުބައި ބަޔަކު ކަމުގައި ވުމާއެކުވެސް عذاب ން ސަލާމަތް ވާނޭ ކަމުގެ أمّيد ތައް ކުރަނީ ކީއްވެގެން ހެއްޔެވެ؟) ނުވަތަ އިސްވެދިޔަ نبي ބޭކަލުންނަށް ބާވައިލެއްވި ފޮތްތަކުގައި ކަލޭމެންނަށް براءة އެއް ވަނީ ހެއްޔެވެ؟ އެބަހީ ކަލޭމެން ނުބައިކޮށް އުޅުނަސް ﷲ ގެ عذاب ން ސަލާމަތް ވާނޭ ކަމުގެ ލިޔުމެއް ނުވަތަ ގަރަންޓީއެއް ވަނީ ހެއްޔެވެ؟

  44. 44

    أَمْ يَقُولُونَ نَحْنُ جَمِيعٌ مُّنتَصِرٌ

    ʹAm yaq̣ooloona naḥnu jameeʻum muñtaṣir?

    އަދި ނުވަތަ އަހުރެމެންނަކީ (މީހުން ގިނަވުމުގެ ގޮތުންނާއި، ބާރުގަދަވުމުގެ حيثيّة ން ބަލާއިރު) نصر ލިބޭނޭ جماعة އެއް ކަމުގައި އެމީހުން ބުނަނީ ހެއްޔެވެ؟

  45. 45

    سَيُهْزَمُ ٱلْجَمْعُ وَيُوَلُّونَ ٱلدُّبُرَ

    Sayuhzamul jamʻu wa-yuwalloonad dubur.

    ނިކަންހުރެ އެ جماعة ބަލިވެގެން ހިނގައިދާނެއެވެ. އަދި ފުރަގަސްދީ ދުވެ ފިލައިފާނެއެވެ. (ބަދުރު ހަނގުރާމައިގެ ދުވަހު ކަންވީ ހަމަ އެހެންނެވެ. އެމީހުން ދެރަވެ، އެ جماعة ރޫޅި ހަލާކުވެދިޔައީއެވެ. އެއީ ދުނިޔޭގެ عذاب އާއި، ދެރަކަމެވެ.)

  46. 46

    بَلِ ٱلسَّاعَةُ مَوْعِدُهُمْ وَٱلسَّاعَةُ أَدْهَىٰ وَأَمَرُّ

    Balis Saaaʻatu mawʻiduhum was-Saaʻatu ʹadhaa wa-ʹamarr.

    އަދި ކިޔެއް ހެއްޔެވެ؟ قيامة ދުވަހަކީ ކަނޑައެޅިގެން އެމީހުންނަށް عذاب އޮންނާނޭ ކަމަށް وعد ވެވިގެންވާ ދުވަހެވެ. އަދި قيامة ދުވަހުގެ عذاب ގަދަފަދަކަން ބޮޑުވެފައި ބިރުވެރިކަން ބޮޑެވެ. އަދި ހިތިކަމާއި، ނުބައިކަން ގަދަވެގެން ވެއެވެ. (އެއީ ނަރަކައިގެ ވަންނިވަންނީގެ عذاب އާއި، ﷲ ގެ ކޯފާއެވެ.)

  47. 47

    إِنَّ ٱلْمُجْرِمِينَ فِى ضَلَـٰلٍ وَسُعُرٍ

    ʹInnal mujrimeena fee ḍalaaliñw wasuʻur.

    ހަމަކަށަވަރުން ކާފަރުން ވަނީ މަގުފުރެއްދުމެއްގައްޔާއި، އަދި حقّ އާ ދުރުވުމެއްގައެވެ. ނުވަތަ ކާފަރުން ވަނީ ދުނިޔޭގައި ކަނޑައެޅިގެން މަގުފުރެއްދުމެއްގައެވެ. އަދި އެމީހުންނަށް آخرة ދުވަހުން ވަނީ އަލިފާނުގެ عذاب އެވެ.

  48. 48

    يَوْمَ يُسْحَبُونَ فِى ٱلنَّارِ عَلَىٰ وُجُوهِهِمْ ذُوقُوا۟ مَسَّ سَقَرَ

    Yawma yus-ḥaboona fin Naari ʻalaa wujoohihim: ẓooq̣oo massa Saq̣ar!

    އެ ދުވަހަކީ އެމީހުން ނަރަކައިގެ ތެރެއަށް މޫނުވަތަށް ދަމަމުން ގެނެވޭ ދުވަހެވެ. (އަދި އެދުވަހުން އެމީހުންނަށް އެންގޭނެއެވެ.) ކަލޭމެން އެ ނަރަކައިގެ ގަދަ ހޫނުކަމާއި، ކެތް ނުކުރެވޭ ގަދަ عذاب ގެ ރަހަ ލިބިގަންނާށެވެ.

  49. 49

    إِنَّا كُلَّ شَىْءٍ خَلَقْنَـٰهُ بِقَدَرٍ

    ʹInnaa Kulla shayʹin khalaq̣naahu biq̣adar.

    އަދި ހަމަކަށަވަރުން ކޮންމެ އެއްޗެއް (އަދި ކޮންމެ ކަމެއްވެސް) ތިމަން ރަސްކަލާނގެ ހެއްދެވީ ކަނޑައެޅި މިންވަރުވެގެންވާ ގޮތެއްގެ މަތީންނެވެ. އެކަލާނގެ، އިސްވެދިޔަ علم ފުޅުގައި ނިޔާކުރެވި އަދި لوح المحفوظ ގައި ލިޔެވި ރަޖިސްޓަރީ ވެފައިވާ ގޮތުގެ މަތީންނެވެ.

  50. 50

    وَمَآ أَمْرُنَآ إِلَّا وَٰحِدَةٌ كَلَمْحٍۭ بِٱلْبَصَرِ

    Wa-maaa ʹAmrunaaa ʹillaa waaḥidatuñ kalamḥim bil-baṣar.

    އަދި ތިމަން ރަސްކަލާނގެ ކަންތައް އެންމެ كلمة އެއް ކަމުގައި ނޫނީ ނުވެއެވެ. ލޮލުގެ އެސްފިޔަ ޖަހައިލާހާ އަވަހަށް އެކަމެއް ވެ ނިމިގެން ހިނގައިދެއެވެ. (އެބަހީ ކޮންމެ ކަމަކަށްވެސް [ވާށޭ] މިހެން އެންގެވީމާ ލޮލުގެ އެސްފިޔަ ޖަހައިލާހާ އަވަހަށް އެކަމެއް ވެ ނިމުނީއެވެ.)

  51. 51

    وَلَقَدْ أَهْلَكْنَآ أَشْيَاعَكُمْ فَهَلْ مِن مُّدَّكِرٍ

    Wa-laq̣ad ʹahlaknaaa ʹashyaaʻakum fahal mim muddakir?

    (އޭ مكّة ގެ ކާފަރުންނޭވެ.) ހަމަކަށަވަރުން ކަލޭމެންފަދަ އެތައް ކާފަރުންނެއް ތިމަން ރަސްކަލާނގެ ހަލާކު ކުރައްވައި ނެތިކުރައްވައިފީމެވެ. (ކަލޭމެން ވަކީން އެމީހުންނަށްވުރެ ގަދައީ ހެއްޔެވެ؟) ފަހެ وعظ އާއި، نصيحة ލިބި عبرة އެއް حاصل ކުރާ އެކަކުވެސް ވޭ ބާވައެވެ؟

  52. 52

    وَكُلُّ شَىْءٍ فَعَلُوهُ فِى ٱلزُّبُرِ

    Wa-kullu shayʹiñ faʻaloohu fiz Zubur:

    އަދި އެމީހުން ކުރި ހުރިހާ ކަމެއް (ހެވަސް، އަދި ނުބަޔަސް) لوح المحفوظ ގައި ލިޔެވި ނޯޓްކުރެވިގެން ވެއެވެ.

  53. 53

    وَكُلُّ صَغِيرٍ وَكَبِيرٍ مُّسْتَطَرٌ

    Wa-kullu ṣag̣eeriñw wakabeerim mustaṭar.

    އަދި މީސްތަކުން ކުރާ ކިތަންމެ ކުޑަކަމެއް ނަމަވެސް އަދި ކިތަންމެ ބޮޑުކަމެއް ނަމަވެސް އެ އެއްޗެއް لوح المحفوظ ގައި ރަނގަޅަށް ލިޔެވި بيان ވެގެން ވެއެވެ.

  54. 54

    إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍ وَنَهَرٍ

    ʹInnal Muttaq̣eena fee Jannaatiñw Wanahar,

    ހަމަކަށަވަރުން تقوى ވެރި މާތް މީހުން ވަނީ (قيامة ދުވަހުން) ބަގީޗާތަކުގައެވެ. ސުވަރުގެތަކުގައެވެ. އަދި ތަފާތުވެގެންވާ އާރުތަކުގެ نعمة ގައެވެ.

  55. 55

    فِى مَقْعَدِ صِدْقٍ عِندَ مَلِيكٍ مُّقْتَدِرٍۭ

    Fee Maq̣ʻadi Ṣidq̣in ʻiñda Maleekim Muq̣tadir.

    އެމީހުން ވަނީ އެދިވޮޑިގަތް ކޮންމެ ކަމަކަށް ކުޅަދުންވަންތަ ކަލެއްގެ حضرة ގައި ތެދުވެރި އަދި حقّ ވެގެންވާ مقام އެއްގައެވެ. އެކަލާނގެ ދެއްވާ كرامة އާއި، شرف ވެރިކަމުގެ ދަރަޖައިގައެވެ. والله أعلم.