Back to Quran

ޖުޒްއު

Juz 26

46:1 ... 51:30 · 195 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

  1. Surah Al-AhqafBegins here at 46:1

  2. 46:1

    حمٓ

    Ḥaa-Meeem.

    حم މިއަކުރުތަކުގެމުރާދު މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ.

  3. 46:2

    تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ

    Tañzeelul Kitaabi minal laahil ʻAzeezil Ḥakeem.

    މިފޮތްބާވާތްލެއްވުން ވަނީ އެބަހީ މި ކީރިތި قُرْآن ބާވާތްލެއްވުންވަނީ عِزَّة ވަންތަ حِكْمَة ވަންތަ ﷲ ގެ حَضْرَة ންނެވެ.

  4. 46:3

    مَا خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ وَأَجَلٍ مُّسَمًّى ۚ وَٱلَّذِينَ كَفَرُوا۟ عَمَّآ أُنذِرُوا۟ مُعْرِضُونَ

    Maa- khalaq̣nas samaawaati wal-ʹarḍa wa-maa baynahumaaa ʹillaa bilḥaq̣q̣i wa-ʹajalim musammaa: wallaẓeena kafaroo ʻammaaa ʹuñẓiroo muʻriḍoon.

    އުޑުތަކާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެއްޗާއި ހަމަ ޙައްޤު ގޮތުގައި މެނުވީ އަދި ކަޑައެޅިގެންވާ މުއްދަތަކަށް މެނުވީ ތިމަން ރަސްކަލާނގެ ނުހައްދަވަމެވެ. އަދި ކާފަރުވީ މީސްތަކުންވަނީ އެމީހުންނަށް ބިރުގެންނެވުނު ކަންތަކަށް ފުރަގަސްދީގެންނެވެ. (އެމީހުންނަށް ބިރުގެންނެވުނު ކަންތަކަކީ އީމާން ނުވިނަމަ ބޮޑުވެގެންވާ ޢަޒާބެއް އަތުވެދާނޭ ކަމުގެ ވާހަކައެވެ.)

  5. 46:4

    قُلْ أَرَءَيْتُم مَّا تَدْعُونَ مِن دُونِ ٱللَّهِ أَرُونِى مَاذَا خَلَقُوا۟ مِنَ ٱلْأَرْضِ أَمْ لَهُمْ شِرْكٌ فِى ٱلسَّمَـٰوَٰتِ ۖ ٱئْتُونِى بِكِتَـٰبٍ مِّن قَبْلِ هَـٰذَآ أَوْ أَثَـٰرَةٍ مِّنْ عِلْمٍ إِن كُنتُمْ صَـٰدِقِينَ

    Q̣ul ʹaraʹaytum maa tadʻoona miñ doonil laahi ʹaroonee maaẓaa khalaq̣oo minal ʹarḍi ʹam lahum shirkuñ fis samaawaat? ʹEetoonee bi-Kitaabim miñ q̣abli haaẓaaa ʹaw ʹas̤aaratim min ʻilmin ʹiñ kuñtum ṣaadiq̣een!

    (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! الله ފިޔަވައި ކަލޭމެން ތިޔަ دُعَاء ކޮށް ގޮވާތަކެއްޗާއިމެދު (ބުދުތަކާއިމެދު) ކަލޭމެން ނިކަން ދެކިބަލާށެވެ. (ޙަބަރުދީބަލާށެވެ!) ބިމުން އެތަކެތި ހެއްދެވި އެއްޗެއް ކަލޭމެން ނިކަން އަހުރެންނަށް ދައްކައިބަލާށެވެ. ނުވަތަ އުޑުތަކުގައި (އުޑުތައް ހެއްދެވުމުގައި) އެތަކެއްޗަށް ބައިވެރިކަމެއްވަނީ ހެއްޔެވެ؟ ކަލޭމެންނަކީ ތެދުވެރިން ކަމުގައި ވަންޏާއި އެކަމުގެމައްޗަށް ދަލީލުކުރާ ފޮތެއް (މި قُرْآن ގެ ކުރީގެ ފޮތްތަކުގެތެރެއިން ނަމަވެސް) ކަލޭމެން އަހުރެންނަށް އެފޮތެއް ގެނެސްދީބަލާށެވެ. ނުވަތަ عِلَمُ ގެތެރެއިން އެއްވެސް އަސަރެއް (ޚަބަރެއް) ގެނެސްދީބަލާށެވެ! (މި قُرْآن ގައި އެވަނީ އެކަލާނގެއަށް އެއްވެސް ޝަރީކަކު ބައިވެރިއަކު ނުވާކަމަށެވެ.)

  6. 46:5

    وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَـٰمَةِ وَهُمْ عَن دُعَآئِهِمْ غَـٰفِلُونَ

    Wa-man ʹaḍallu mimmañy yadʻoo miñ doonil laahi mal laa yastajeebu lahooo ʹilaa Yawmil Q̣iyaamati wa-hum ʻañ duʻaaaʹihim g̣aafiloon?

    ޤިޔާމަތް ދުވަހަށް ދާންދެން ވެސް އޭނާއަށް (އޭނާގެ دُعَاء އަށް) އިޖާބަ ނުދޭމީހަކަށް ނުވަތަ އެއްޗަކަށް ﷲ ފިޔަވައި ގޮވާ دُعَاء ކޮށް ހަދާމީހަކަށްވުރެ އަނިޔާވެރިން ބޮޑީ ފަހެ ކާކުހެއްޔެވެ؟ (އެއަށްވުރެބޮޑު އަނިޔާވެރިއަކު ނުވެއެވެ.) އަދި އެތަކެތި ވަނީ އެމީހުން އެގޮވާ ގޮވުމަށް (އޭނާގެ دُعَاء އަށް) غَافِلُ ވެގެން ނެވެ.

  7. 46:6

    وَإِذَا حُشِرَ ٱلنَّاسُ كَانُوا۟ لَهُمْ أَعْدَآءً وَكَانُوا۟ بِعِبَادَتِهِمْ كَـٰفِرِينَ

    Wa-ʹiẓaa ḥushiran naasu kaanoo lahum ʹaʻdaaaʹañw Wakaanoo biʻibaadatihim kaafireen!

    އަދި މިސްތަކުން مَحْشَرُ ކުރެވޭދުވަހު އެތަކެތި (އެބުދުތައް) އެމީހުންގެ އެބަހީ (ބުދަށް އަޅުކަން ކުރިމީހުންގެ) ޢަދާވާތްތެރިން ކަމުގައި ވާނެއެވެ. އަދި އެތަކެތި އެތަކެއްޗަށް ކުރެވުނު އަޅުކަމާއިމެދު ދެކޮޅުހަދާނެއެވެ. އިންކާރު ކުރާނެއެވެ.

  8. 46:7

    وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍ قَالَ ٱلَّذِينَ كَفَرُوا۟ لِلْحَقِّ لَمَّا جَآءَهُمْ هَـٰذَا سِحْرٌ مُّبِينٌ

    Wa-ʹiẓaa tutlaa ʻalayhim ʹAayaatunaa Bayyinaatiñ q̣aalal laẓeena kafaroo lil-Ḥaq̣q̣i lammaa jaaaʹahum haaẓaa siḥrum mubeen!

    އަދި އެމީހުންގެ މައްޗަށް ބަޔާންވެގެންވާ ތިމަންރަސްކަލާނގެ އާޔަތްތައް ކިޔެވިއްޖެއްޔާ حَقُّ އާއިމެދު (قُرْآن އާއިމެދު) ކާފަރުވީމީހުން ބުނާނެއެވެ. މިއީ ބަޔާންވެގެންވާ سِحْرއެކެވެ.

  9. 46:8

    أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ إِنِ ٱفْتَرَيْتُهُۥ فَلَا تَمْلِكُونَ لِى مِنَ ٱللَّهِ شَيْـًٔا ۖ هُوَ أَعْلَمُ بِمَا تُفِيضُونَ فِيهِ ۖ كَفَىٰ بِهِۦ شَهِيدًۢا بَيْنِى وَبَيْنَكُمْ ۖ وَهُوَ ٱلْغَفُورُ ٱلرَّحِيمُ

    ʹAm yaq̣ooloonaf taraah? Q̣ul ʹinif taraytuhoo falaa tamlikoona lee minal laahi shayʹaa. Huwa ʹaʻlamu bimaa tufeeḍoona feeh! Kafaa bihee Shaheedam baynee wa-baynakum! Wa-Huwal G̣afoorur Raḥeem.

    އަދި ނުވަތަ އެމީހުން ބުނަނީއެވެ. އެކަލޭގެފާނު އެކަލާނގެއަށް އެބަހީ (ﷲ އަށް) ދޮގުހެދީ އެވެ. އޭގެޖަވާބުގައި ﷲ އެއަންގަވަނީ (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އަހުރެން އެކަލާނގެއަށް ދޮގުހެދި ކަމުގައި ވަންޏާ އެކަލާނގެ އަހުރެންނަށް ޢަޒާބެއް ފޮނުއްވަންޏާވެސް އެކަން ދިފާޢު ކުރުމަށް ކަލޭމެންނަށް ކުޅަދާނަވެގެން ނުވެއެވެ. އަދި އެ (قُرْآن އާއިމެދު) ކަލޭމެން ދޮގުހެދުމަށް ވަދެގަންނަ މިންވަރު އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. އަހުރެންނާއި ކަލޭމެންނާއި ދެމެދު ހެކިވެރިއަކަށް އެކަލާނގެ ފުދިވޮޑިގެންވެއެވެ. އަދި އެކަލާނގެއީ ގިނަދިނައިން ފާފަ ފުއްސަވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  10. 46:9

    قُلْ مَا كُنتُ بِدْعًا مِّنَ ٱلرُّسُلِ وَمَآ أَدْرِى مَا يُفْعَلُ بِى وَلَا بِكُمْ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ وَمَآ أَنَا۠ إِلَّا نَذِيرٌ مُّبِينٌ

    Q̣ul maa- kuñtu bidʻam minar rusuli wa-maaa ʹadree maa- yufʻalu bee wa-laa bikum. ʹIn ʹattabiʻu ʹillaa maa- yooḥaaa ʹilayya wa-maaa ʹana ʹillaa Naẓeerum mubeen.

    (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. ރަސޫލުބޭކަލުންކުރެން އެންމެ ފުރަތަމަ ރަސޫލާކަމުގައި އަހުރެންނުވެއެވެ. އަދި އަހުރެންނާއިމެދު ކަންތައްވާނީ ކިހިނަކުންކަމެއް އަދި ކަލޭމެންނާއިމެދުވެސް (ކަންތައްވާނީ ކިހިނަކުންކަމެއް) އަހުރެންނަކަށް ނޭގެއެވެ. އަހުރެންނަށް ބާވާތްލެއްވޭ وَحِي އަށް މެނުވީ އަހުރެން تَبَعِ ވާކަމުގައި ނުވެއެވެ. ހަމައެކަނި ބަޔާންވެގެންވާ نَذِيْرُ އަކު ކަމުގައި މެނުވީ (ބިރުގަންނަވަނިވިބޭކަލަކު ކަމުގައި މެނުވީ) އަހުރެން ނުވެއެވެ.

  11. 46:10

    قُلْ أَرَءَيْتُمْ إِن كَانَ مِنْ عِندِ ٱللَّهِ وَكَفَرْتُم بِهِۦ وَشَهِدَ شَاهِدٌ مِّنۢ بَنِىٓ إِسْرَٰٓءِيلَ عَلَىٰ مِثْلِهِۦ فَـَٔامَنَ وَٱسْتَكْبَرْتُمْ ۖ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ

    Q̣ul ʹaraaytum ʹiñ kaana min ʻiñdil laahi wa-kafartum̃ bihee wa-shahida shaahidum mim Baneee ʹIsraaaʹeela ʻalaa mis̤lihee faʹaamana wastakbartum? ʹInnal laaha laa- yahdil q̣awmaz̤̣ z̤̣aalimeen.

    (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އެ قُرْآن އެއީ ﷲ ގެ حَضْرَة ންވާ އެއްޗެއްކަމުގައި ވެފައި އަދި ކަލޭމެން އެއަށް ކާފަރު ވެއްޖެއްޔާ އަދި ބަނީ އިސްރާއީލުންގެ މީހަކު ހަމަ އެޔާއެއްގޮތަށް އެބަހީ قُرْآن އެއީ ޙައްޤު ތެދުކަމަށް ހެކިދީފައި ދެންއަދި އެމީހާ قُرْآن އަށް އީމާންވެ އަދި ކަލޭމެން އެ قُرْآن އަށް ބޮޑާވެ كِبْرُ ވެރިވެ އީމާން ނުވިކަމުގައި ވަންޏާ ދެންވާނީ ކިހިނަކުން ހެއްޔެވެ؟ (ކަލޭމެންގެ މައްޗަށް حُجَّة قَائِمُ ވާނީއެވެ.) ހަމަކަށަވަރުން އަނިޔާވެރިންނަށް. الله تعالَى ތެދުމަގު ނުދައްކަވައެވެ.

  12. 46:11

    وَقَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوا۟ لَوْ كَانَ خَيْرًا مَّا سَبَقُونَآ إِلَيْهِ ۚ وَإِذْ لَمْ يَهْتَدُوا۟ بِهِۦ فَسَيَقُولُونَ هَـٰذَآ إِفْكٌ قَدِيمٌ

    Wa-q̣aalal laẓeena kafaroo lillaẓeena ʹaamanoo law kaana khayram maa sabaq̣oonaaa ʹilayh! Wa-ʹiẓ lam yahtadoo bihee fasayaq̣ooloona haaẓaaa ʹifkuñ q̣adeem!

    އަދި ކާފަރުވީމީހުން އީމާންވީމީހުންނަށްބުނެއެވެ. އެކަން އެއީ (އެބަހީ مُحمد ގެފާނު ގެންނެވި ނަބީކަމާއި އަދި قُرْآن އެއީ) ހެޔޮކަމެއްނަމަ އެމީހުން އެބަހީ އެނިކަމެތި މުއުމިނުން އެކަމުގައި އަހުރެމެންނަށްވުރެ ކުރީ އިސްނުވީހެވެ. (އެކަމުގައިވެސް ކުރީތިބީހީ އަހުރެމެންނެވެ.) އަދި އެމީހުންނަށް އެކަމަށް ތެދުމަގު ނުލިބުނުހިނދުން ފަހެ ނިކަންހުރެ އެމީހުން ބުނާނެއެވެ. މިއީ އެބަހީ قُرْآن މިއީ އިހުގެ މުސްކުޅި ދޮގުވާހަކައެވެ.

  13. 46:12

    وَمِن قَبْلِهِۦ كِتَـٰبُ مُوسَىٰٓ إِمَامًا وَرَحْمَةً ۚ وَهَـٰذَا كِتَـٰبٌ مُّصَدِّقٌ لِّسَانًا عَرَبِيًّا لِّيُنذِرَ ٱلَّذِينَ ظَلَمُوا۟ وَبُشْرَىٰ لِلْمُحْسِنِينَ

    Wa-miñ q̣ablihee Kitaabu Moosaaa ʹimaamañw Waraḥmah: wa-haaẓaa Kitaabum muṣaddiq̣ul lisaanan ʻArabiyyal liyuñẓiral laẓeena z̤̣alamoo wa-Bushraa lil-Muḥsineen.

    އަދި އެފޮތުގެ ކުރީގައި. (އެބަހީ قُرْآن ގެކުރީގައި) مُوسَى عَلَيْهِ السلام ގެފޮތް(އެކަލޭގެފާނަށް ބާވާތްލެއްވި تَورَاة) ވެއެވެ. އެއީ ތަބާވެވޭ އިމާމެއް ކަމުގައްޔާއި އަދި رَحْمَة އެއްކަމުގައެވެ. އަދިމިއީ (މިقُرْآن މިއީ) (مُوسَى عَلَيْهِ السلام ގެފޮތް تَورَاة) ތެދުކުރާޙާލު ސީދާ عِرِب ބަހުން އައިސްފައިވާ ފޮތެކެވެ. އެއީ އަނިޔާވެރިވީ މީސްތަކުންނަށް (މުޝްރިކުންނަށް) ބިރުވެރިކަމުގެ ޚަބަރު ދެއްވުމަށާއި އަދި إحْسَان ތެރިންނަށް އުފާވެރިކަމެއްގެ ގޮތުންނެވެ.

  14. 46:13

    إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَـٰمُوا۟ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

    ʹInnal laẓeena q̣aaloo Rabbunal laahu s̤ummas taq̣aamoo falaa khawfun ʻalayhim wa-laa hum yaḥzanoon.

    ހަމަކަށަވަރުން އަހުރެމެންގެ رَبُّ އަކީ الله އޭ މިހެން ބުނެ ދެން އެބަސްމަތީ قَائِم ވެތިބި މީހުން ދަންނައެވެ. ޤިޔާމަތް ދުވަހުން އެމީހުންނަކަށް އެއްވެސް ބިރުވެރިމެއް ނުވެއެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ.

  15. 46:14

    أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ خَـٰلِدِينَ فِيهَا جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ

    ʹUlaaaʹika ʹAṣḥaabul Jannati khaalideena feehaa: jazaaaʹam bimaa kaanoo yaʻmaloon.

    އެމީހުންނަކީ ސުވަރުގޭގެ އެކުވެރިންނެވެ. އެމީހުން އެތާ ދެމިތިބޭހުއްޓެވެ. އެއީ އެމީހުން (ދުނިޔޭގައި ތިބިއިރު) ކުރާކަމުގައިވީ ރަނގަޅު ޢަމަލުތަކުގެ ދަރުމައެއްގެ ގޮތުން އެމީހުންނަށް ކަނޑައެޅިގެންވާ نِعْمَة އެވެ.

  16. 46:15

    وَوَصَّيْنَا ٱلْإِنسَـٰنَ بِوَٰلِدَيْهِ إِحْسَـٰنًا ۖ حَمَلَتْهُ أُمُّهُۥ كُرْهًا وَوَضَعَتْهُ كُرْهًا ۖ وَحَمْلُهُۥ وَفِصَـٰلُهُۥ ثَلَـٰثُونَ شَهْرًا ۚ حَتَّىٰٓ إِذَا بَلَغَ أَشُدَّهُۥ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَـٰلِحًا تَرْضَىٰهُ وَأَصْلِحْ لِى فِى ذُرِّيَّتِىٓ ۖ إِنِّى تُبْتُ إِلَيْكَ وَإِنِّى مِنَ ٱلْمُسْلِمِينَ

    Wa-waṣṣaynal ʹiñsaana biwaalidayhi ʹiḥsaanaa: ḥamalathu ʹummuhoo kurhañw wawaḍaʻathu kurhaa. Wa-ḥamluhoo wa-fiṣaaluhoo s̤alaas̤oona shahraa. Ḥattaaa ʹiẓaa balag̣a ʹashuddahoo wa-balag̣a ʹarbaʻeena sanatañ q̣aala Rabbi ʹawziʻneee ʹan ʹashkura niʻmatakal lateee ʹanʻamta ʻalayya wa-ʻalaa waalidayya wa-ʹan ʹaʻmala ṣaaliḥañ tarḍaahu wa-ʹaṣliḥ lee fee ẓurriyyatee. ʹInnee tubtu ʹilayka wa-ʹinnee minal Muslimeen.

    އަދި އިނަސާނާ އޭނާގެ މައިން ބަފައިންނާއިމެދު إحْسَان ތެރިވުމަށް / ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ އޭނާއަށް އަމުރު ކުރެއްވީމެވެ. މިހެނީ އޭނާގެމަންމަ އޭނާޔާއިގެން ބަލިވެއިނީ ބުރަކަމާއި އެކު / ނުރުހެވޭ ޙާލުގައެވެ. އަދި އޭނާ އެދަރިފުޅު ވިހެއީވެސް ބުރަކަމާއި އެކު / ނުރުހެވޭ ޙާލުގައެވެ. އަދި އެދަރިފުޅާއިގެން އޭނާބަލިވެ އިނުމާއި އަދި ކިރުދީ ނިންމުމާއި އެއީ މުޅިއެކު ތިރީސް މަސްދުވަހެވެ. އަދި އެދަރިފުގެ ބުއްދި ފުރިހަމަވެ ހަށިގަޑު ގަދައެއްޖައުމަށް ދާންދެން (ބަލަހައްޓައެވެ.) އަދި ސާޅީސް އަހަރުވުމުން އެއިންސާނާ އޭނާގެ رَبُّ އަށް ދަންނަވައެވެ. އޭ އަޅުގެ رَبُّ އެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި އަދި މިއަޅާގެ މައިން ބަފައިންގެ މައްޗަށް އެލެއްވި نِعْمَة އަށް މިއަޅާ ޝުކުރު ކުރާނެގޮތާއި އަދި އެ عَمَلُ އަށް އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صَالِح عَمَلُ ކުރާނެ ގޮތާއި މިއަޅާއަށް އަންގަވައި ދެއްވާދޭވެ. އަދިމިއަޅާގެ ދަރިފަސްކޮޅު މިއަޅާއަށް صُلْح ކޮށް ދެއްވާދޭވެ! ހަމަކަށަވަރުން މިއަޅާ އިބަރަސްކަލާނގެއަށް ތައުބާ ވެއްޖައީމެވެ. އަދި ހަމަކަށަވަރުން މިއަޅާވަނީ މުސްލިމުންގެ ތެރެއިންނެވެ. (ކިޔަމަންތެރިންގެ ތެރެއިންނެވެ.)

  17. 46:16

    أُو۟لَـٰٓئِكَ ٱلَّذِينَ نَتَقَبَّلُ عَنْهُمْ أَحْسَنَ مَا عَمِلُوا۟ وَنَتَجَاوَزُ عَن سَيِّـَٔاتِهِمْ فِىٓ أَصْحَـٰبِ ٱلْجَنَّةِ ۖ وَعْدَ ٱلصِّدْقِ ٱلَّذِى كَانُوا۟ يُوعَدُونَ

    ʹUlaaaʹikal laẓeena nataq̣abbalu ʻanhum ʹaḥsana maa- ʻamiloo wa-natajaawazu ʻañ sayyiʹaatihim feee ʹaṣḥaabil Jannah: waʻdaṣ ṣidq̣il laẓee kaanoo yooʻadoon.

    ކަނޑައެޅިގެން އެމީހުން އެއީ އެމީހުންކުރި ރަނގަޅު އަމަލު އެމީހުންގެ ކިބައިން ތިމަންރަސްކަލާނގެ ޤަބޫލު ކުރައްވާނެ މީހުންނެވެ. އަދި އެމީހުންގެ ނުބައިކަންތައްތައް ތިމަން ރަސްކަލާނގެ ފުއްސަވައި عَفُوء ކުރައްވާ ހުރީ މެވެ. އަދި އެމީހުން ވާހުށީ ސުވަރުގޭގެ އެކުވެރިންގެ ތެރޭގައެވެ. އެމީހުންނަށް وَعْدُ ވެވިގެންވާކަމުގައިވި وَعْدُ އެއީ ތެދުވެރި وَعْدُ އެކެވެ. (އެބަހީ ރަސޫލު ބޭބޭކަލުންގެ ދޫފުޅުގެމަތީން އެމީހުންނަށް الله ކުރައްވާފައިވާ وَعْدُ ފުޅު އެއީ ހަމަ ތެދުވެރި وَعْدُ ފުޅެކެވެ.)

  18. 46:17

    وَٱلَّذِى قَالَ لِوَٰلِدَيْهِ أُفٍّ لَّكُمَآ أَتَعِدَانِنِىٓ أَنْ أُخْرَجَ وَقَدْ خَلَتِ ٱلْقُرُونُ مِن قَبْلِى وَهُمَا يَسْتَغِيثَانِ ٱللَّهَ وَيْلَكَ ءَامِنْ إِنَّ وَعْدَ ٱللَّهِ حَقٌّ فَيَقُولُ مَا هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ

    Wallaẓee q̣aala liwaalidayhi ʹuffil lakumaaa ʹataʻidaanineee ʹan ʹukhraja wa-q̣ad khalatil q̣uroonu miñ q̣ablee? Wa-humaa yastag̣ees̤aanil laaha waylaka ʹaamin! ʹInna waʻdal laahi ḥaq̣q̣. Fayaq̣oolu maa- haaẓaaa ʹillaaa ʹasaaṭeerul ʹawwaleen!

    (آخِرَة ދުވަހަށް އީމާންނުވާ އަދި މައިން ބަފައިންނަށް ކިޔަމަންތެރިނުވާމީހާ) އޭނާގެ މައިންބަފައިންނަށް ބުނެއެވެ. ތިޔަދެމީހުންނަށް ހުތުރުކަން ހުއްޓެވެ. ތިޔަދެމީހުންގެ ވާހަކައިން އަހުރެންގެ ހިތް ދަތިވެއެވެ. އަހުރެން ކަށްވަޅުން ނެރެވޭނެކަމަށާއި مَحْشَرُ ކުރެވޭނެ ކަމަށް\nތިޔަ ދެމީހުން އަހުރެންނަށް ބިރުވެރި وَعْدُ ކުރަނީ ހެއްޔެވެ؟ އަދި ހަމަކަށަވަރުން އަހުރެންގެކުރިން قَرْنُ ތައް ވޭތިވެގެން ހިގައްޖެއެވެ. (އޭގެތެރެއިން އެކަކުވެސް ނާދެއެވެ. އެމީހުންގެ ކަންތައް އެނިމުނީ އެވެ. އަހުރެންގެ ކަންތައްވެސްވާނީ ހަމައެހެންނެވެ.) އޭނާ އެހެންބުނިނަމަވެސް އެކުއްޖާގެ ބައްޕައާއި މަންމައާއިދެމީހުން އެކުއްޖާ ސަލާމަތްވޭތޯ الله އަށްދަންނަވައި دُعَاء ކުރައްވަނީއެވެ. (އަދި އެދެމީހުން އެކުއްޖާއަށް ބުނެއެވެ.) ކަލެއަށް ހަލާކު ހުއްޓެވެ. ކަލޭ އީމާންވާށެވެ! (الله އަށާއި آخِرَة ދުވަހަށް އީމާންވާށެވެ!) ހަމަކަށަވަރުންﷲ ގެ وَعْدُ ފުޅު އެއީ ހަމަحَقُّ وَعْدُ ފުޅެކެވެ. (މަރުވުމަށްފަހު ދިރުއްވައި مَحْشَرُ ކުރެއްވުމުގެ وَعْدُ ފުޅު އެއީ ހަމަحَقُّ وَعْدُ ފުޅެކެވެ.) ފަހެ އެކުއްޖާބުނެއެވެ. އިސްވެދިޔަމީހުން ދައްކާފައިވާ ތާކުންތާކު ނުޖެހޭ ދޮގުވާހަކަތަކެއްކަމުގައި މެނުވީ ތިޔަވާހަކަތައްނުވެއެވެ.

  19. 46:18

    أُو۟لَـٰٓئِكَ ٱلَّذِينَ حَقَّ عَلَيْهِمُ ٱلْقَوْلُ فِىٓ أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ ٱلْجِنِّ وَٱلْإِنسِ ۖ إِنَّهُمْ كَانُوا۟ خَـٰسِرِينَ

    ʹUlaaaʹikal laẓeena ḥaq̣q̣a ʻalayhimul Q̣awlu feee ʹumamiñ q̣ad khalat miñ q̣ablihim minal jinni wal-ʹiñs: ʹinnahum kaanoo khaasireen.

    އެފަދަ އެފަދަ މީހުންއެއީ އެމީހުންގެ މައްޗަށް ކޯފާގެ ބަސްފުޅު حَقُّ ވެއްޖެމީހުންނެވެ. އަދި އެމީހުންވަނީ ޖިންނީންނާއި އިންސާނުންގެތެރެއިން އިސްވެދިޔަ (ކާފަރު) އުއްމަތްތަކުގެތެރޭގައި އެމީހުންނާއިގުނިފައެވެ. ހަމަކަށަވަރުން އެމީހުންވީ ގެއްލިހަލާކުވީމީހުންގެތެރެއިން ނެވެ.

  20. 46:19

    وَلِكُلٍّ دَرَجَـٰتٌ مِّمَّا عَمِلُوا۟ ۖ وَلِيُوَفِّيَهُمْ أَعْمَـٰلَهُمْ وَهُمْ لَا يُظْلَمُونَ

    Wa-likulliñ darajaatum mimmaa ʻamiloo, wa-liyuwaf-fiyahum ʹaʻmaalahum Wahum laa- yuz̤̣lamoon.

    އަދި ކޮންމެބަޔަކަށްވެސް އެބަޔަކު ކުރި عَمَلُ ގެ ދަރަޖަތަކެއްވެއެވެ. އަދި އެމީހުންނަށް އެމީހުންގެ ޢަމަލުގެ ޖަޒާ قِيَامَة ދުވަހުން ބަރާބަރަށް ދެއްވޭހުއްޓެވެ. އަދި އެމީހުންނަށް އަނިޔާ ނުވެވޭހުއްޓެވެ.

  21. 46:20

    وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَذْهَبْتُمْ طَيِّبَـٰتِكُمْ فِى حَيَاتِكُمُ ٱلدُّنْيَا وَٱسْتَمْتَعْتُم بِهَا فَٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَسْتَكْبِرُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَبِمَا كُنتُمْ تَفْسُقُونَ

    Wa-Yawma yuʻraḍul laẓeena kafaroo ʻalan Naar. ʹAẓhabtum ṭayyibaatikum fee ḥayaatikumud dunyaa wastamtaʻtum̃ bihaa: fal-Yawma tujzawna ʻaẓaabal hooni bimaa kuñtum tastakbiroona fil ʹarḍi big̣ayril ḥaq̣q̣i wa-bimaa kuñtum tafsuq̣oon.

    އަދި ކާފަރުވީމީސްތަކުން ނަރަކައަށް ހުށައަޅައިލެވޭދުވަސް (ހަދުމަފުޅު ކުރައްވާށެވެ.) (އެދުވަހުން އެމީހުންނަށް އެންގޭނެއެވެ.) ކަލޭމެން ކަލޭމެންގެ ދުނިޔޭގެ ޙަޔާތުގެ ރަނގަޅު ބައި ކަލޭމެން ގެއްލުވައިލައިފީމުއެވެ. އަދި ކަލޭމެން އެދުނިޔޭގައި މަޖާކޮށް އަރާމު ލިބިގެންފީމުއެވެ. ފަހެ މިއަދު މި ކަލޭމެންނަށް ޖަޒާދެވޭނެއެވެ. އެޖަޒާއަކީ އެއްވެސް حَقُّ އެއްނެތި ކަލޭމެން ބިމުގައި ބޮޑާވެ ކިބުރުވެރިވީކަމުގެ ސަބަބުން ނާއި އަދި ކަލޭމެން ފާސިޤުވުމުގެ ސަބަބުންނެވެ. އެބަހީ ﷲ ގެ ކިޔަމަނުން ނުކުތުމުގެ ސަބަބުން އިހާނާތްތެރިވެގެންވާ عَذَابُ ގެ ޖަޒާއެވެ.

  22. 46:21

    ۞ وَٱذْكُرْ أَخَا عَادٍ إِذْ أَنذَرَ قَوْمَهُۥ بِٱلْأَحْقَافِ وَقَدْ خَلَتِ ٱلنُّذُرُ مِنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦٓ أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ

    Waẓkur ʹAkhaa ʻAad: ʹIẓ ʹañẓara q̣awmahoo bil-ʹAḤQ̣AAFI wa-q̣ad khalatin nuẓuru mim bayni yadayhi wa-min khalfiheee ʹallaa taʻbudooo ʹillal laah: ʹinneee ʹakhaafu ʻalaykum ʻaẓaaba Yawmin ʻaz̤̣eem.

    (އޭ رَسُولُ الله އެވެ!) އަދިކަލޭގެފާނުން ކަލޭގެފާނުންގެ ޤައުމުގެ މީހުންނަށް عَاد ބާގައިގެމީހުންގެ أخُ (هُودُ عَلَيْه السَّلآم) ގެ ވާހަކަ ހަދާންކޮށްދެއްވާށެވެ! އެއީ أَحْقَافُ އެވެކިއުނު ތާގައި އެކަލޭގެފާނުން އެކަލޭގެފާނުންގެ قَوم އަށް އިންޒާރު ކުރެއްވި ހިނދު އެވެ. أَحْقَافُ އެއީ އެ قَوم ގެ މީހުން އުޅުނުތަނެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނުންގެ ކުރިން ނާއި އަދި އެކަލޭގެފާނުން ފަހުންވެސް نَذِيْرُ ންތައް އެބަހީ (رَسُولُ ބޭކަލުންތައް) އިސްގޮސްފައިވެއެވެ. ވަޑައިގެންފާވެއެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ. އެބަހީ (هُودُ عَلَيْه السَّلآم ވިދާޅުވިއެވެ.) ކަލޭމެން الله އަށްމެނުވީ އަޅުކަން ނުކުރާށެވެ. ހަމަކަށަވަރުން ކަލޭމެންގެ މައްޗަށް ބޮޑުވެގެންވާ ދުވަހެއްގެ عَذَاب އަތުވެދާނޭކަމަށް އަހުރެން ބިރުގަންނަމެވެ.

  23. 46:22

    قَالُوٓا۟ أَجِئْتَنَا لِتَأْفِكَنَا عَنْ ءَالِهَتِنَا فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ

    Q̣aalooo ʹajiʹtanaa litaʹfikanaa ʻan ʹaalihatinaa? Faʹtinaa bimaa taʻidunaaa ʹiñ kuñta minaṣ ṣaadiq̣een!

    އެމީހުން ދެންނެވިއެވެ. ކަލޭގެފާނު އަހުރެމެންގެ ގާތަށް ތިޔަވަޑައިގެންނެވީ އަހުރެމެން އަހުރެމެންގެ إله ން ތަކުގެ ކިބައިން އަނބުރައިލެއްވުމަށްތޯއެވެ؟ (ނުވަތަ މަނާކުރެއްވުމަށްތޯއެވެ؟) ކަލޭގެފާނަކީ ތެދުވެރިންގެ ތެރެއިންވާ ބޭކަލަކު ކަމުގައި ވަންޏާ ކަލޭގެފާނު އަހުރެމެންނަށް ތިޔަ وَعد ކުރައްވާ އެތި (އެ عَذَاب) އަހުރެމެންގެމައްޗަށް ގެނެސްދެއްވާށެވެ!

  24. 46:23

    قَالَ إِنَّمَا ٱلْعِلْمُ عِندَ ٱللَّهِ وَأُبَلِّغُكُم مَّآ أُرْسِلْتُ بِهِۦ وَلَـٰكِنِّىٓ أَرَىٰكُمْ قَوْمًا تَجْهَلُونَ

    Q̣aala ʹinnamal ʻilmu ʻiñdal laah: wa-ʹuballig̣ukum maaa ʹursiltu bihee wa-laakinneee ʹaraakum q̣awmañ tajhaloon!

    އެކަލޭގެފާނު ވިދާވިއެވެ. އެކަމުގެ އެނގުންވަނީ (އެ عَذَاب) އަންނަނާނެވަގުތެއްގެ އެނގުންވަނީ ﷲ ގެ حَضْرَة ގައެވެ. އަދި ތިމަން ކަލޭގެފާނު އެކަމަކާއިގެން ކަލޭމެންގެގާތަށް ފޮނުއްވުނު ކަންތައް ކަލޭމެނަށް އިއްވައި ދެނީއެވެ. އަދި އެހެނެއްކަމަކު އަހުރެން ކަލޭމެންނާމެދު ދެކެނީ ކަލޭމެންނަކީ ޖާހިލުވާ ބަޔަކު ކަމުގައެވެ.

  25. 46:24

    فَلَمَّا رَأَوْهُ عَارِضًا مُّسْتَقْبِلَ أَوْدِيَتِهِمْ قَالُوا۟ هَـٰذَا عَارِضٌ مُّمْطِرُنَا ۚ بَلْ هُوَ مَا ٱسْتَعْجَلْتُم بِهِۦ ۖ رِيحٌ فِيهَا عَذَابٌ أَلِيمٌ

    falammaa raʹawhu ʻaariḍam mustaq̣bila ʹawdiyatihim q̣aaloo haaẓaa ʻaariḍum mumṭirunaa! Bal huwa mas taʻjaltum̃ bih! reeḥuñ feehaa ʻAẓaabun ʹaleem!

    ދެން ފަހެ އެމީހުން (އެ عذاب) ދުއްހިދުން އެއީ އެމީހުންގެ ވާދީތަކާއި ދިމާލަށް ކުރިމަތިލައި އަންނަ ވިލާގަޑެކެވެ. (އެމީހުންނަށް عذاب އައީ ވިލާގަޑެއްގެ ސިފައިގައެވެ.) އެމީހުން ބުންޏެވެ. މިއީ އަހުރެމެންނަށް ވާރޭފެން ވެއްސާނެ ވިލާގަޑެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަމަވެސް ކަންނިމިފައިވަނީ އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ. އެއީ ކަލޭމެން އެއެއްޗެއް އަވަސްކުރުމަށް އެދުނު އެއްޗެވެ. عذاب އެވެ. އެއީ އޭގައި ވޭންދެނި عذاب އެކުލެވިގެންވާވަޔެކެވެ.

  26. 46:25

    تُدَمِّرُ كُلَّ شَىْءٍۭ بِأَمْرِ رَبِّهَا فَأَصْبَحُوا۟ لَا يُرَىٰٓ إِلَّا مَسَـٰكِنُهُمْ ۚ كَذَٰلِكَ نَجْزِى ٱلْقَوْمَ ٱلْمُجْرِمِينَ

    Tudammiru kulla shayʹim biʹamri Rabbihaa faʹaṣbaḥoo laa- yuraaa ʹillaa masaakinuhum! Kaẓaalika najzil q̣awmal mujrimeen!

    (އެވައި) އެބަހީ ޢާދު ބާގައިގެމީހުނގެ މައްޗަށް ޖެހުނުވައި އެވައިގެ ވެރި رَبُّ ގެ އަމުރުފުޅަށް ކޮންމެއެއްޗެއް ހަލާކުކޮށް ބަރުބާދު ކޮށްލައެވެ. = ފަހެ އެމީހުން އުޅުނު ގޯތި ގެދޮރުނޫނީ ނުފެނެވޭ ބަޔަކު ކަމުގައި އެމީހުން ވެއްޖެއެވެ. (އެބަހީ ގޯތިގެދޮރުތައް ބަހައްޓާފައި އެމީހުން މަރުވެ ދިޔައީއެވެ.) ނުބައި ނުލަފާމީހުންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. (މިވާހަކަ ބައެއްސޫރަތުގައި ވަރަށްتَفْصِيْلُ ކޮށްބަޔާންވެގެންވެއެވެ.)

  27. 46:26

    وَلَقَدْ مَكَّنَّـٰهُمْ فِيمَآ إِن مَّكَّنَّـٰكُمْ فِيهِ وَجَعَلْنَا لَهُمْ سَمْعًا وَأَبْصَـٰرًا وَأَفْـِٔدَةً فَمَآ أَغْنَىٰ عَنْهُمْ سَمْعُهُمْ وَلَآ أَبْصَـٰرُهُمْ وَلَآ أَفْـِٔدَتُهُم مِّن شَىْءٍ إِذْ كَانُوا۟ يَجْحَدُونَ بِـَٔايَـٰتِ ٱللَّهِ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ

    Wa-laq̣ad makkannaahum feemaaa ʹim makkannaakum feehi wa-jaʻalnaa lahum samʻañw waʹabṣaarañw waʹafʹidah: famaaa ʹag̣naa ʻanhum samʻuhum wa-laaa ʹabṣaaruhum wa-laaa ʹafʹidatuhum miñ shayʹin ʹiẓ kaanoo yajḥadoona biʹAayaatil laahi wa-ḥaaq̣a bihim maa kaanoo bihee yastahziʹoon!

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންނަށް އެބަހީ عَادُ ބާގައިގެމީހުންނަށް އެކަންކަމުގައި ކަލޭމެން قُرَيْش ންނަށްވެސް ހަމަޖައްސަވައި ދެއްވި ކަންކަމުގައި ހަމަޖައްސަވައި تَمْكِيْنُ ކޮށް ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެމީހުނަށް އިވުމާއި ފެނުމާއި އަދި ހިތް ލެއްވީމެވެ. ދެން ފަހެ އެމީހުން ﷲ ގެ އާޔަތްތަކަށް ދެކޮޅުހަދައި ޤަބޫލު ނުކުރި ހިދުން އެމީހުންނަކަށް އެމީހުންގެ އިވުމަކުން އަދި އެމީހުންގެ ފެނުމަކުންވިޔަސް އަދި އެމީހުންގެ ހިތަކުން ވިޔަސް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. އަދި އެމީހުން އެކަންކަމާއިމެދު މަލާމާތްކޮށް ފުރައްސާރަ ކުރިކަންތައް އެމީހުން ވަށާލައިފިއެވެ. އެބަހީ އެމީހުންނަށް عذاب އައިސް އެމީހުން ހަލާކުވެދިޔައީއެވެ.

  28. 46:27

    وَلَقَدْ أَهْلَكْنَا مَا حَوْلَكُم مِّنَ ٱلْقُرَىٰ وَصَرَّفْنَا ٱلْـَٔايَـٰتِ لَعَلَّهُمْ يَرْجِعُونَ

    Wa-laq̣ad ʹahlaknaa maa- ḥawlakum minal q̣uraa wa-ṣarrafnal ʹAayaati laʻallahum yarjiʻoon.

    އަދި ހަމަކަށަވަރުން ރަށްތަކުގެތެރެއިން ކަލޭމެންގެ ވަށައިގެންވާ ތަންތަން ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީމެވެ. އަދި އާޔަތްތައް އެބަހީ (ދަލީލުތައް) ތަފާތު ކުރައްވައި ތިމަންރަސްކަލާނގެ އެގޮތްމިގޮތަށް ބަދަލުކުރެއްވީމެވެ. އެއީ އެމީހުން (ކާފަރުކަން ދޫކޮށް ހެޔޮމަގަށް) އެނބުރި އާދޭތޯއެވެ.

  29. 46:28

    فَلَوْلَا نَصَرَهُمُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ قُرْبَانًا ءَالِهَةًۢ ۖ بَلْ ضَلُّوا۟ عَنْهُمْ ۚ وَذَٰلِكَ إِفْكُهُمْ وَمَا كَانُوا۟ يَفْتَرُونَ

    Falawlaa naṣarahumul laẓeenat takhaẓoo miñ doonil laahi q̣urbaanan ʹaalihah? Bal ḍalloo ʻanhum: wa-ẓaalika ʹifkuhum wa-maa kaanoo yaftaroon.

    الله އާއި ގާތްކޮށްދީ ކުއްތަން ކޮށްދޭ إله ން ތަކެއްކަމުގައި الله ފިޔަވައި އެމީހުން ހިފާ إخْتِيَارُ ކުރި ތަކެތި (އެބުދުތައް) އެމީހުންނަށް نصر ދިންނަމައެވެ. އަދި ކިޔެއްހެއްޔެވެ، އެމީހުންގެ ކިބައިން އެތަކެތި ގެއްލުނީއެވެ. އެބަހީ ޤިޔާމަތްދުވަހުން އެމީހުންނަށް އެތަކެތި ގެއްލޭނެއެވެ. އެއީ އެމީހުން ހެދި ދޮގެވެ. އަދި އެއީ އެމީހުން ދޮގުހަދާކަމުގައިވީތަކެއްޗެވެ.

  30. 46:29

    وَإِذْ صَرَفْنَآ إِلَيْكَ نَفَرًا مِّنَ ٱلْجِنِّ يَسْتَمِعُونَ ٱلْقُرْءَانَ فَلَمَّا حَضَرُوهُ قَالُوٓا۟ أَنصِتُوا۟ ۖ فَلَمَّا قُضِىَ وَلَّوْا۟ إِلَىٰ قَوْمِهِم مُّنذِرِينَ

    Wa-ʹiẓ ṣarafnaaa ʹilayka nafaram minal Jinni yastamiʻoonal Q̣urʹaan. Falammaa ḥaḍaroohu q̣aalooo ʹañṣitoo! Falammaa q̣uḍiya wallaw ʹilaa q̣awmihim muñẓireen.

    އަދި ތިމަން ރަސްކަލާނގެ ކަލޭގެފާނާއި ދިމާލަށް ޖިންނީންގެ ބައިގަޑެއް އަނބުރުއްވައި ލެއްވީމެވެ. ފޮނުއްވީމެވެ. އެއީ އެބައިމީހުން قُرْآن އަޑުއެހުމަށެވެ. ދެންފަހެ އެމީހުން އެކަލޭގެފާނުންގެ އަރިހަށް އާދެވުނުހިނދުން (އެމީހުން އެމީހުންނަށް) އެމީހުން ބުންޏެވެ. ކަލޭމެންނޭވެ. ހަނުހިމޭނުން އަހަންތިބޭށެވެ. (ދެން އެމީހުން އެކަލޭގެފާނު ކިޔަވާވިދާޅުވާއަޑުފުޅު އެހުމަށް ތިބެއްޖައޫއެވެ.) ދެންފަހެ އެކަލޭގެފާނުން ކިޔަވާ ވިދާޅުވުން ނިމުނުހިނދުން (قَومُ ގެމީހުންނަށް) އިންޒާރު ކުރާޙާލު އެމީހުން އެމީހުންގެ قَومُ އަށް އެނބުރި ހިގައްޖެއެވެ.

  31. 46:30

    قَالُوا۟ يَـٰقَوْمَنَآ إِنَّا سَمِعْنَا كِتَـٰبًا أُنزِلَ مِنۢ بَعْدِ مُوسَىٰ مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِىٓ إِلَى ٱلْحَقِّ وَإِلَىٰ طَرِيقٍ مُّسْتَقِيمٍ

    Q̣aaloo yaa-q̣awmanaaa ʹinnaa samiʻnaa Kitaaban ʹuñzila mim baʻdi Moosaa muṣaddiq̣al limaa bayna yadayhi yahdeee ʹilal Ḥaq̣q̣i wa-ʹilaa Ṭareeq̣im Mustaq̣eem.

    އެމީހުން ބުންޏެވެ. އޭ އަހުރެމެންގެ قَومُ ގެމީހުންނޭވެ. ހަމަކަށަވަރުން އަހުރެމެން ފޮތެއްގެވާހަކަ އަހައިފީމެވެ. އެފޮތަކީ مُوسى عَليه السلام އަށްފަހު ބާވާތްލެއްވުނު ފޮތެކެވެ. އެފޮތުގެ ކުރީގެފޮތް ތައްވެސް ތެދުކުރާޙާލު ބާވާތްލެއްވުނު ފޮތެކެވެ. އެފޮތް މަގުދައްކަނީ ހަމަ ސީދާ حًقُّ އަށެވެ. އަދި ސީދާ ތެދުމަގަށެވެ.

  32. 46:31

    يَـٰقَوْمَنَآ أَجِيبُوا۟ دَاعِىَ ٱللَّهِ وَءَامِنُوا۟ بِهِۦ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍ

    Yaa-q̣awmanaaa ʹajeeboo Daaʻiyal laahi wa-ʹaaminoo bihee yag̣fir lakum miñ ẓunoobikum wa-yujirkum min ʻAẓaabin ʹaleem.

    އޭއަހުރެމެންގެ قَومُ ގެމީހުންނޭވެ. ﷲ ގެފަރާތަށް އެގޮވައިލައްވާ ކަލޭގެފާނަށް ކަލޭ މެން އިޖާބަ ދޭށެވެ. އަދި އެކަލޭގެފާނަށް އީމާންވާށެވެ. އޭރުން ކަލޭމެންގެ ފާފައިތެރެއި އެކަލާނގެ ފުއްސަވާ ހުއްޓެވެ. އަދި ވޭންދެނިވި عَذَاب ން އެކަލާނގެ ކަލޭމެން ސަލާމަތްކުރައްވާނެއެވެ.

  33. 46:32

    وَمَن لَّا يُجِبْ دَاعِىَ ٱللَّهِ فَلَيْسَ بِمُعْجِزٍ فِى ٱلْأَرْضِ وَلَيْسَ لَهُۥ مِن دُونِهِۦٓ أَوْلِيَآءُ ۚ أُو۟لَـٰٓئِكَ فِى ضَلَـٰلٍ مُّبِينٍ

    Wa-mal laa yujib Daaʻiyal laahi falaysa bimuʻjiziñ fil ʹarḍi wa-laysa lahoo miñ dooniheee ʹawliyaaaʹ: ʹulaaaʹika fee ḍalaalim mubeen.

    އަދި ﷲ ގެފަރާތަށް އެގޮވައިލައްވާ ކަލޭގެފާނަށް އިޖާބަނުދިންމީހާ (ދަންނައެވެ.) ފަހެ ބިމުގައި ނުކުޅައްދައިލެވޭނެ މީހަކުކަމުގައި އޭނާނުވެއެވެ. އަދި އެކަލާނގެ ފިޔަވައި އެހެން އެއްވެސް ސަހަރޯވެރިއަކު އޭނާއަކަށްނުވެއެވެ. އެފަދަމީހުން އެވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގައެވެ.

  34. 46:33

    أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَلَمْ يَعْىَ بِخَلْقِهِنَّ بِقَـٰدِرٍ عَلَىٰٓ أَن يُحْـِۧىَ ٱلْمَوْتَىٰ ۚ بَلَىٰٓ إِنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ

    ʹAwalam yaraw ʹannal laahal laẓee khalaq̣as samaawaati wal-ʹarḍa wa-lam yaʻya bikhalq̣ihinna biq̣aadirin ʻalaaa ʹañy yuḥyiyal mawtaa? Balaaa ʹinnahoo ʻalaa kulli shayʹiñ Q̣adeer.

    ހަމަކަށަވަރުން އުޑުތަކާއި ބިންހެއްދެވީ الله تَعَالى ކަން އެމީހުންނަށްފަހެ ނޭގެނީބާވައެވެ. އަދި އެތަކެތި ހެއްދެވުމުގައި އެއްވެސް ނުކުޅެދުންތެރިކަމެއްއަދި ނުވަތަ ވަރުބަލިފުޅު ވުމެއް އެކަލާނގެއަށްނުވެއެވެ. މިހެން މިކަން ކަން ހުރިއިރު މަރުވެފައިވާތަކެތި ދިރުއްވުމުގެމައްޗަށް ވެސް އެކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވެއެވެ. އަދިކިއެއްހެއްޔެވެ؟ އެކަލާނގެއީ ކޮންމެކަމެއްގެމައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާކަލާނގެއެވެ.

  35. 46:34

    وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَلَيْسَ هَـٰذَا بِٱلْحَقِّ ۖ قَالُوا۟ بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ

    Wa-Yawma yuʻraḍul laẓeena kafaroo ʻalan Naar; ʹalaysa haaẓaa bil-Ḥaq̣q̣? Q̣aaloo balaa wa-Rabbinaa! Q̣aala faẓooq̣ul ʻaẓaaba bimaa kuñtum takfuroon!

    އަދި ކާފަރުވީ މީސްތަކުން ނަރަކައަށް ހުށައެޅޭދުވަސް (ހަނދުމަފުޅު ކުރައްވާށެވެ!) (އެމީހުންނަށް އެންގެވޭނެއެވެ.) އަޅެފަހެ މިއީ ހަމަ حَقُّ ކަމުގައި ނުވޭހެއްޔެވެ؟ އެކާފަރުން ދަންނަވާނެއެވެ. އާދޭހެވެ. އަޅަމެންގެ رَبُّ ގަންދީ ދަންނަވަމެވެ. ތިޔައީ ހަމަ حَقُّ އެވެ. އެކަލާނގެ وَحِي ކުރައްވާނެއެވެ. ފަހެ ކަލޭމެން ކާފަރުވާކަމުގެ ސަބަބުން އެހެންވެ ކަލޭމެން عَذَابُ ގެ ރަހަލިބިގަންނާށެވެ.

  36. 46:35

    فَٱصْبِرْ كَمَا صَبَرَ أُو۟لُوا۟ ٱلْعَزْمِ مِنَ ٱلرُّسُلِ وَلَا تَسْتَعْجِل لَّهُمْ ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوٓا۟ إِلَّا سَاعَةً مِّن نَّهَارٍۭ ۚ بَلَـٰغٌ ۚ فَهَلْ يُهْلَكُ إِلَّا ٱلْقَوْمُ ٱلْفَـٰسِقُونَ

    Faṣbir kamaa ṣabara ʹulul ʻazmi minar rusuli wa-laa tastaʻjil lahum. Kaʹannahum Yawma yarawna maa- yooʻadoona lam yalbas̤ooo ʹillaa saaʻatam min nahaar. Balaag̣uñ fahal yuhlaku ʹillal q̣awmul faasiq̣oon.

    (އޭ رَسُولُ الله އެވެ!) ރަސޫލުބޭކަލުންކުރެ ހިތްވަރުފުޅުގަދަ عَزْمُ ވަރުގަދަބޭކަލުން ކެތްތެރިވެވަޑައިގެންނެވިފަދައިން ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! އަދި އެމީހުންގެ މައްޗަށް އަވަސްވެވަޑައި ނުގަންނަވާށެވެ. (އެބަހީ އެކާފަރުންނަށް ޢަޒާބު އައުމަށް އަވަސްވެވަޑައި ނުގަންނަވާށެވެ!) އެމީހުންނަށް وَعْدُ ވެވުނުކަންތައް (އެ عَذَابُ) އެމީހުން ދެކޭ ދުވަހުން އެމީހުން ކޮންފަދަ ހެއްޔެވެ؟ އެމީހުން ނަށް ހީވާނީދުވާލެއްގެ ހިނދުކޮޅެއްގައިމެނުވީ އެމީހުން (ދުނިޔޭގައި) ލަސްވެނުތިބޭކަމުގައެވެ. ދެންފަހެ އިސްދިޔަ މިވާކަތަކަކީ އިއްވައިދިނުމެކެވެ. މީސްތަކުންނަށް وَعْظُ نَصِيْحَة އިއްވައިދިނުމެކެވެ. ފަހެ ފާސިޤު ބަޔަކުމެނުވީ. (ﷲ ގެކިޔަމަނުން ނުކުތްބަޔަކުމެނުވީ) ހަލާކުވާނޭ ހެއްޔެވެ؟ އެބަހީ. ﷲ ގެކިޔަމަނުން ނުކުތްބަޔަކުމެނުވީ ހަލާކު ނުވާނެއެވެ.

  37. Surah MuhammadBegins here at 47:1

  38. 47:1

    ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ أَضَلَّ أَعْمَـٰلَهُمْ

    ʹAllaẓeena kafaroo wa-ṣaddoo ʻañ Sabeelil laahi ʹaḍalla ʹaʻmaalahum.

    ތިމާމެން ކާފަރުވެ ﷲ ގެ މަގު ބަންދުކުރި މީސްތަކުން. (ދަންނައެވެ.) ﷲ އެމީހުންގެ ޢަމަލުތައް ބާޠިލު ކުރައްވައިފިއެވެ. (އެމީހުންކުރި ހެޔޮ ޢަމަލުތައް ގެއްލެނި ކުރައްވައިފިއެވެ.)

  39. 47:2

    وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَءَامَنُوا۟ بِمَا نُزِّلَ عَلَىٰ مُحَمَّدٍ وَهُوَ ٱلْحَقُّ مِن رَّبِّهِمْ ۙ كَفَّرَ عَنْهُمْ سَيِّـَٔاتِهِمْ وَأَصْلَحَ بَالَهُمْ

    Wallaẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati wa-ʹaamanoo bimaa nuzzila ʻalaa MUḤAMMADIÑ-W Wahuwal Ḥaq̣q̣u mir Rabbihim kaffara ʻanhum sayyiʹaatihim wa-ʹaṣlaḥa baalahum.

    އަދި ﷲ އަށް އީމާންވެގެން ޞާލިޙު ޢަމަލުކޮށް އަދި މުޙަންމަދުގެ ފާނުންގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް، އެތަކެއްޗަކީ އެއި އެމީހުންގެ رَبُّ ގެ ޙަޟްރަތުން ބާވައިލައްވައިފައިވާ ޙާއްޤުތަކެއްޗެވެ. އެއީ قُرُان އެވެ. ފަހެ އެތަކެއްޗަށް އީމާންވި މީސްތަކުން (ދަންނައެވެ.) ﷲ އެމީހުންގެ ކުށްފާފަތައް ފުއްސަވައި އަދި އެމީހުންގެ ޙާލުތަކާއި ކަންތައްތައް އިސްލާހުކޮށްދެއްވައި ސުލްހަކުރައްވައިފިއެވެ.

  40. 47:3

    ذَٰلِكَ بِأَنَّ ٱلَّذِينَ كَفَرُوا۟ ٱتَّبَعُوا۟ ٱلْبَـٰطِلَ وَأَنَّ ٱلَّذِينَ ءَامَنُوا۟ ٱتَّبَعُوا۟ ٱلْحَقَّ مِن رَّبِّهِمْ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ لِلنَّاسِ أَمْثَـٰلَهُمْ

    Ẓaalika biʹannal laẓeena kafarut tabaʻul baaṭila wa-ʹannal laẓeena ʹaamanut tabaʻul Ḥaq̣q̣a mir Rabbihim: kaẓaalika yaḍribul laahu linnaasi ʹams̤aalahum.

    އެހެންއެކަންއެވީ، ހަމަކަށަވަރުން ކާފަރުން ތަބަޢަވީ ބާޠިލާއެވެ. (އެއީ ﷲ އަށް ޝަރީކުކުރުމާއި އެކަލާނގެއަށް އުރެދުމެވެ.) އަދި ހަމަކަށަވަރުން އީމާންވީ މީސްތަކުން ތަބަޢަވީ ޙައްޤާއެވެ. (އެއީ تَوْحِيد އާއި އީމާންކަމާއި ކިޔަމަންތެރިކަމެވެ.) ދެބައިމީހުންގެ ޙާލު ބަޔާންކުރައްވަނީ މީސްތަކުންނަށް ﷲ ޖައްސަވާ މިސާލެއްގެގޮތުންނެވެ. (ޢިބްރަތެއްގެ ގޮތުންނެވެ.)

  41. 47:4

    فَإِذَا لَقِيتُمُ ٱلَّذِينَ كَفَرُوا۟ فَضَرْبَ ٱلرِّقَابِ حَتَّىٰٓ إِذَآ أَثْخَنتُمُوهُمْ فَشُدُّوا۟ ٱلْوَثَاقَ فَإِمَّا مَنًّۢا بَعْدُ وَإِمَّا فِدَآءً حَتَّىٰ تَضَعَ ٱلْحَرْبُ أَوْزَارَهَا ۚ ذَٰلِكَ وَلَوْ يَشَآءُ ٱللَّهُ لَٱنتَصَرَ مِنْهُمْ وَلَـٰكِن لِّيَبْلُوَا۟ بَعْضَكُم بِبَعْضٍ ۗ وَٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ فَلَن يُضِلَّ أَعْمَـٰلَهُمْ

    Faʹiẓaa laq̣eetumul laẓeena kafaroo faḍarbar riq̣aab; ḥattaaa ʹiẓaaa ʹas̤khañtumoohum fashuddul was̤aaq̣a faʹimmaa mannam baʻdu wa-ʹimmaa fidaaaʹan ḥattaa taḍaʻal ḥarbu ʹawzaarahaa. Ẓaalika wa-law yashaaaʹul laahu lañtaṣara minhum wa-laakil liyabluwa baʻḍakum̃ bibaʻḍ. Wallaẓeena q̣utiloo fee Sabeelil laahi falañy yuḍilla ʹaʻmaalahum.

    އޭ އީމާންވެއްގެ މީސްތަކުންނޭވެ. ތިޔަބައިމީހުންނާއި ކާފަރުންނާއި (مَيدان ގައި) ބައްދަލުވެއްޖެއްޔާ އެމީހުންގެ ކަންދުރާތައް ކަނޑާށެވެ. އެމީހުންމަރާށެވެ. އެއީ އޭގެ ގިނަ ބަޔަކު މަރުވެ އަވަދިވާންދެނެވެ. ދެން އަދި އެމީހުން ރަނގަޅަށް ބަނދެ ހައްޔަރުކުރާށެވެ. (އެއީ އެމީހުންނަށް ފިލައިގެން ނުދެވޭ ފަދައަކުންނެވެ.) ދެންހައްޔަރުވީ މީސްތަކުން އެހެންޏާ އެއްވެސް ފިދުޔައެއް ބަދަލެއްނެތި ދޫކޮށްލާށެވެ. ނުވަތަ ފިދުޔަ އަތުލާފައި ދޫކޮށްލާށެވެ. (މަޞްލަޙަތު ހުރިގޮތް ބަލާނީ ވެޔާއެވެ.) އެއީ ހަނގުރާމަ އޭގެ ހަތިޔާރު ބަހައްޓައިފުމައްދާންނެވެ. އެބަހީ ކާފަރުން ބަލިވެ ހަތިޔާރު ބަހައްޓައިފުމަށް ދާންދެނެވެ. އަދި އެ ޙުކުމް އަކީ ކާފަރުންނާމެދު އޮތްޙުކުމެވެ. (އަދި މިކަންމިގޮތަށް ނިންމެވުމަކާނުލައިވެސް الله އެދި ވޮޑިގެންނެވިނަމަ އެކާފަރުންގެ މައްޗަށް މުއުމިނުންނަށް ނަޞްރުދެއްވައިފީހެވެ. އެހެންނަމަވެސް އެކަލާނގެ އެހެން ނުހެއްދެވީ ތިޔަބައިމީހުން އެއްބަޔަކުގެ ފަރާތުން އަނެއްބަޔަކު އިމްތިޙާނުކުރެއްވުމަށެވެ. (ކެތްތެރި مُجَاهد ންނަށް ثَوَاب ގިނަކޮށްދެއްވައި ރަނގަޅު ޖަޒާދެއްވުމަށެވެ. އަދި އެމީހުން އަތްތަކުން ކާފަރުންނަށް ޢުޤޫބާތް ދެއްވުމަށެވެ.)\nއަދި ﷲ ގެ މަގުގައި މަރުވެ ޝަހީދުވެގެން ދިޔަ މީސްތަކުންގެ ދަރުމަޔާއި ثَوَاب ﷲ ގެއްލެނި ނުކުރައްވާނެއެވެ.

  42. 47:5

    سَيَهْدِيهِمْ وَيُصْلِحُ بَالَهُمْ

    Sayahdeehim wa-yuṣliḥu baalahum,―

    ނިކަންހުރެ الله تَعَالى އެމީހުން ސުވަރުގެ ދިއުމަށް މަގުދައްކަވާނެތެވެ. އަދި އެމީހުންގެ އެންމެހައި ކަންތައްތަކާއި ޙާލުތައް ރަނގަޅު ކުރައްވައި ބަރާބަރުކޮށްދެއްވާހުއްޓެވެ.

  43. 47:6

    وَيُدْخِلُهُمُ ٱلْجَنَّةَ عَرَّفَهَا لَهُمْ

    Wayudkhiluhumul Jannata ʻarrafahaa lahum.

    އަދި އެކަލާނގެ އެމީހުންނަށް އެތަން ހުންނާނެކަން އަންގަވާފައިވާ ސުވަރުގެއަށް (ނުވަތަ އެމީހުންނަށްޓަކައި އެކަލާނގެ އެތާގައި މީރުވަސްދުއްވާފައިވާ ސުވަރުގެއަށް) އެމީހުން ވައްދަވާހުއްޓެވެ.

  44. 47:7

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَنصُرُوا۟ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ

    Yaaaʹayyuhal laẓeena ʹaamanooo ʹiñ tañṣurul laaha yañṣurkum wa-yus̤abbit ʹaq̣daamakum.

    އޭ އިމާންވެއްޖެ މީސްތަކުންނޭވެ. ކަލޭމެން الله އަށް ނަސްރު ދެންޏާ (އެބަހީ އެކަލާނގެ ދީނަށް ނަސްރުދެންޏާ) އެކަލާނގެ ކަލޭމެނަށް ނަސްރު ދެއްވާނެތެވެ. އަދި ކަލޭމެންގެ ފައިތިލަތައް ހަނގުރާމައިގެ މައިދާނުގައި ނުވަތަ صِرِاطُ މަގުހިގާއިރު ސާބިތު ކޮށްދެއްވާ ހުއްޓެވެ.

  45. 47:8

    وَٱلَّذِينَ كَفَرُوا۟ فَتَعْسًا لَّهُمْ وَأَضَلَّ أَعْمَـٰلَهُمْ

    Wallaẓeena kafaroo fataʻsal lahum wa-ʹaḍalla ʹaʻmaalahum.

    އަދި ކާފަރުވީމީސްތަކުން ދަންނައެވެ. އެމީހުންނަށް ހަލާކު ހުއްޓެވެ. (އަބާއްޖަވެރިކަންހުއްޓެވެ.) އަދި އެމީހުންގެ ހެޔޮ ޢަމަލުތައް އެކަލާނގެ بَاطِلُ ކުރައްވާ ހުއްޓެވެ.

  46. 47:9

    ذَٰلِكَ بِأَنَّهُمْ كَرِهُوا۟ مَآ أَنزَلَ ٱللَّهُ فَأَحْبَطَ أَعْمَـٰلَهُمْ

    Ẓaalika biʹannahum karihoo maaa ʹañzalal laahu faʹaḥbaṭa ʹaʻmaalahum.

    އެކަން އެހެން އެހެއްދެވީ الله ބާވާތްލެއްވި ތަކެއްޗަށް ހަމަކަށަވަރުން އެމީހުން ނުރުހުނީ އެވެ. (އީމާން ނުވީއެވެ.) އެހެންވެ އެމީހުންގެ ހެޔޮ ޢަމަލުތައް އެކަލާނގެ ގެއްލެނި ކުރައްވައި بَاطِلُ ކުރެއްވީއެވެ.

  47. 47:10

    ۞ أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۚ دَمَّرَ ٱللَّهُ عَلَيْهِمْ ۖ وَلِلْكَـٰفِرِينَ أَمْثَـٰلُهَا

    ʹAfalam yaseeroo fil ʹarḍi fayañz̤̣uroo kayfa kaana ʻAaq̣ibatul laẓeena miñ q̣ablihim? Dammaral laahu ʻalayhim, wa-lilkaafireena ʹams̤aaluhaa.

    އެމީހުންގެ (އެބަހީ މައްކާގެ ކާފަރުންގެ) ކުރީގެ (އެބާވަތުގެ ކާފަރުންގެ) ނިމުން އަދި އެމީހުންގެ ފަހުކޮޅު ވީކޮންފަދައަކުންކަން މިމީހުންދެކޭން މިމީހުންފަހެ ބިމުގައި ހިގާބިގާ ދަތުރު ފަތުރުކޮށް ނުހަދަނީ ބާވައެވެ؟ الله تَعَالَى އެމީހުން (ބަސްނުއެހުމުގެ ސަބަބުން) ހަލާކު ކުރައްވައި ބަރުބާދު ކުރެއްވިއެވެ. الله އަދި (މިހާރުގެ) ކާފަރުންނަށްވެސް ހަމަ ކަންތައްކުރައްވާނީ ހަމައެފަދައިންކަމުގައިވެދާނެއެވެ. ބަސްނުއެހިއްޔާ ހަލާކު ކުރައްވާފާނެއެވެ.

  48. 47:11

    ذَٰلِكَ بِأَنَّ ٱللَّهَ مَوْلَى ٱلَّذِينَ ءَامَنُوا۟ وَأَنَّ ٱلْكَـٰفِرِينَ لَا مَوْلَىٰ لَهُمْ

    Ẓaalika biʹannal laaha Mawlal laẓeena ʹaamanoo waʹannal kaafireena laa- mawlaa lahum.

    އެކަން އެހެން އެވީ ހަމަކަށަވަރުން الله تَعَالَى އީ އީމާންވީ މީސްތަކުންގެ ސަހަރޯ ވެރިޔާއެވެ. އަދި ކާފަރުން (ދަންނައެވެ.) އެމީހުންނަކަށް އެއްވަސް ސަހަރޯވެރިއަކު ނުވެއެވެ.

  49. 47:12

    إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ وَٱلَّذِينَ كَفَرُوا۟ يَتَمَتَّعُونَ وَيَأْكُلُونَ كَمَا تَأْكُلُ ٱلْأَنْعَـٰمُ وَٱلنَّارُ مَثْوًى لَّهُمْ

    ʹInnal laaha yudkhilul laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati Jannaatiñ tajree miñ taḥtihal ʹanhaar; wallaẓeena kafaroo yatamattaʻoona wa-yaʹkuloona kamaa taʹkulul ʹanʻaamu wan-Naaru mas̤wal lahum.

    ހަމަކަށަވަރުން އީމާންވެގެން صَالِحُ عَمَلُ ކުރި މީސްތަކުން އެތަންތާގެދަށުން އާރުތައް ދެމޭ ބަގީޗާ ތަކަކަށް الله تَعَالَى ވައްދަވައެވެ. އަދިކާފަރުވީ މީސްތަކުން އެމީހުން (ދުނިޔޭގައި) އަރާމުކުރެއެވެ. އަދި نَعَم ސޫފި ކައިބޮއި ހަދާފަދައިން ކައިބޮއި ހަދަ އެވެ. އަދި (قِيَامَة ދުވަހުން) އެމީހުން ގޮސްތިބޭނެތަނަކީ ނަރަކައެވެ. އަލިފާނެވެ.

  50. 47:13

    وَكَأَيِّن مِّن قَرْيَةٍ هِىَ أَشَدُّ قُوَّةً مِّن قَرْيَتِكَ ٱلَّتِىٓ أَخْرَجَتْكَ أَهْلَكْنَـٰهُمْ فَلَا نَاصِرَ لَهُمْ

    Wa-kaʹayyim miñ q̣aryatin hiya ʹashaddu q̣uwwatam miñ q̣aryatikal lateee ʹakhrajatka: ʹAhlaknaahum falaa naaṣira lahum.

    އަދި ކަލޭގެފާނުން އެރަށުން ނެރެލެއްވި ރަށުގެ މީހުންނަށްވުރެ ބާރުމާގަދަ ކިތައްކިތައްރަށް (ރަށްރަށުގެމީހުން) ތިމަންރަސްކަލާނގެ އެމީހުންވެސް (ބަސްނުއެހުމުގެ ސަބަބުން) ހަލާކު ކުރެއްވީން ހެއްޔެވެ؟ އެބަހީ އެބާވަތުގެ ވަރަށް ގިނަ ރަށްރަށް ހަލާކު ކުރެއްވީމެވެ. އެމީހުންނަކަށް ދެން އެއްވެސް ނަސްރުވެރިއަކު ނުވެއެވެ.

  51. 47:14

    أَفَمَن كَانَ عَلَىٰ بَيِّنَةٍ مِّن رَّبِّهِۦ كَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ وَٱتَّبَعُوٓا۟ أَهْوَآءَهُم

    ʹAfamañ kaana ʻalaa Bayyinatim mir Rabbihee kamañ zuyyina lahoo soooʹu ʻamalihee wattabaʻooo ʹahwaaaʹahum?

    އެމީހާގެ رَبُّ ގެ حَضْرَةُ ންވާ ދަލީލެއްގެ މަތީގައިވާ މީހާޔާއި އެމީހާގެ ނުބައި عَمَلُ ތައް އެމީހާއަށް ޒީނަތްތެރިވެވުނުމީހާ އެދެމީހުން އެއް ފަދަވާނޭހެއްޔެވެ؟ އަދި ތިމާގެހަވާނަފުސާއި ނުވަތަ އަމިއްލަ އެދުމާއި تَبَعَ ވެގެންވާމީހާފަދަހެއްޔެވެ؟ (އެދެމީހުން އެއްވަރުނުވާނެއެވެ.)

  52. 47:15

    مَّثَلُ ٱلْجَنَّةِ ٱلَّتِى وُعِدَ ٱلْمُتَّقُونَ ۖ فِيهَآ أَنْهَـٰرٌ مِّن مَّآءٍ غَيْرِ ءَاسِنٍ وَأَنْهَـٰرٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُۥ وَأَنْهَـٰرٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّـٰرِبِينَ وَأَنْهَـٰرٌ مِّنْ عَسَلٍ مُّصَفًّى ۖ وَلَهُمْ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَمَغْفِرَةٌ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَـٰلِدٌ فِى ٱلنَّارِ وَسُقُوا۟ مَآءً حَمِيمًا فَقَطَّعَ أَمْعَآءَهُمْ

    Mas̤alul Jannatil latee wuʻidal Muttaq̣oon: feehaaa ʹanhaarum mim maaaʹin g̣ayri ʹaasin; wa-ʹanhaarum mil labanil lam yatag̣ayyar ṭaʻmuh; wa-ʹanhaarum min khamril laẓẓatil lishshaaribeen; wa-ʹanhaarum min ʻasalim muṣaffaa. Wa-lahum feehaa miñ kullis̤ s̤amaraati wa-mag̣firatum mir Rabbihim: Kaman huwa khaaliduñ fin Naari wa-suq̣oo maaaʹan ḥameemañ faq̣aṭṭaʹa ʹamʻaaaʹahum?

    تَقْوَى ވެރިންނަށް وَعْدُ ވެވިފައިވާ ސުވަރުގޭގައިވާ އާރުތަކުގެ މިސާލަކީ އެތާގައި ނުބައިނުވާ ކުނިނުވާ މީރު ފެނުންވާ އާރުތަކެއްވެއެވެ. އަދި އޭގެރަހަ ބަދަލުނުވާ ކިރުގެ އާރުތައްވެއެވެ. އަދި ބޯމީހުންނަށް ރަހަމީރު لَذَّةُ ހުރި ރަލުގެ އާރުތައް ވެއެވެ. އަދިސާފު މާމުއިގެ އާރުތައްވެއެވެ. އަދި އެމީހުންނަށް އެތާގައި ހުރިހާވައްތަރެއްގެ މޭވާޔާއި އަދި އެމީހުންގެ رَبُّ ގެ حَضْرَةُ ންވާ ފާފަ ފުއްސެވުމާއި މިހުރިހާ نِعْمَة އެއް އެމީހުންނަށް އެތާވެއެވެ. މިފަދަމީހާއާއި އަދި އެމީހުންނަށް އެންމެ ހޫނުކަން ގަދަފެން ބޯންދެވޭ ދެންއޭގެސަބަބުން އެމީހުންގެ ގޮހޮރުތައް ބުރިބުރިވާ ޙާލު ނަރަކައިގާދެމިހުންނަމީހާއާއި އެއްފަދަވާނޭހެއްޔެވެ؟ (އެކަކު ކޮޅުނެތްކޮޅުގެ އަރާމާ نِعْمَة ގައި ދެމިހުންނަނީއެވެ. އަނެކަކު ކޮޅުނެތްކޮޅުގެ ވޭނާއި عَذَابُގައި ދެމިހުންނަނީއެވެ.)

  53. 47:16

    وَمِنْهُم مَّن يَسْتَمِعُ إِلَيْكَ حَتَّىٰٓ إِذَا خَرَجُوا۟ مِنْ عِندِكَ قَالُوا۟ لِلَّذِينَ أُوتُوا۟ ٱلْعِلْمَ مَاذَا قَالَ ءَانِفًا ۚ أُو۟لَـٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ وَٱتَّبَعُوٓا۟ أَهْوَآءَهُمْ

    Wa-minhum mañy yastamiʻu ʹilayka ḥattaaa ʹiẓaa kharajoo min ʻiñdika q̣aaloo lil-laẓeena ʹootul ʻIlma maaẓaa q̣aala ʹaanifaa? ʹUlaaaʹikal laẓeena ṭabaʻal laahu ʻalaa q̣uloobihim wattabaʻooo ʹahwaaaʹahum.

    އަދި އެމީހުންގެތެރޭގައި އެމުނާފިޤުންގެތެރޭގައި އެކަލޭގެފާނުންގެވާހަކަފުޅު އަހަންތިބޭމީހުން ވެއެވެ. އެމީހުން ކަލޭގެފާނުންގެ އަރިހުން ނުކުމެއްޖައުމަށްދާންދެން ނެވެ. ދެންހަމަ ނުކުމެފެއި ޢިލްމުދެއްވުނު މީހުންނަށް (އެބަހީ މުއުމިނުންގެތެރޭގައި ތިއްބެވި ޢާލިމުންނަށް އެމީހުންބުނެއެވެ. (ސުވާލުކުރެއެވެ.) ދެންމެ އެކަލޭގެފާނު ވިދާޅުވީ ކީކޭތޯއެވެ؟ އެމީހުންގެ އެވާހަކައަށް އިޝާރާތް ކުރައްވައި الله تَعَالَى އެއަންގަވަނީ ކަނޑައެޅިގެން އެމީހުން އެއީ (ހެޔޮއެއްޗެއް ނުވަންނާނޭގޮތުން) الله تَعَالَى އެމީހުންގެ ހިތްތަކުގައި ސިއްކަ ޖެއްސެވިމީހުންނެވެ. އަދި އެމީހުން އެމީހުންގެ ހަވާނަފުސާއި تَبَعَ ވެގެންވާމީހުންނެވެ.

  54. 47:17

    وَٱلَّذِينَ ٱهْتَدَوْا۟ زَادَهُمْ هُدًى وَءَاتَىٰهُمْ تَقْوَىٰهُمْ

    Wallaẓeenah tadaw zaadahum hudañw waʹataahum taq̣waahum.

    އަދި ތެދުމަގުލިބެވުނުމީހުން ދަންނައެވެ. އެކަލާނގެ އެމީހުންނަށް ތެދުމަގު އިތުރު ކޮށްދެއްވައެވެ. އަދި އެކަލާނގެ އެމީހުން تَقْوَى ވެރިކަންމަތީ ދަމަހައްޓަވައެވެ.

  55. 47:18

    فَهَلْ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأْتِيَهُم بَغْتَةً ۖ فَقَدْ جَآءَ أَشْرَاطُهَا ۚ فَأَنَّىٰ لَهُمْ إِذَا جَآءَتْهُمْ ذِكْرَىٰهُمْ

    Fahal yañz̤̣uroona ʹillas Saaʻata ʹañ taʹtiyahum̃ bag̣tah? Faq̣ad jaaaʹa ʹashraaṭuhaa. Faʹannaa lahum ʹiẓaa jaaaʹathum ẓikraahum?

    ހަމަކުއްލިއަކަށް އެމީހުންގެ ގާތަށް އެބަހީ (އެމުނާފިޤުންގެގާތަށް) قِيَامة އައުމަށްމެނުވީ އެމީހުން ފަހެ އިންތިޒާރު އެބަކުރޭހެއްޔެވެ؟ ހަމަކަށަވަރުން އޭގެ ޢަލާމާތްތައް އަތުވެއްޖެއެވެ. ފަހެ އެމީހުންގެ ގާތައް قِيَامة ދުވަސް އަތުވެއްޖެއްޔާ ވެސް ދެން އެމީހުން وَعْظُ نَصِيْحَة ލިބިގަންނާނީ ކޮންފަދައަކުން ހެއްޔެވެ؟ އޭގެ ފައިދާއެއް ނުކުރާނެއެވެ.

  56. 47:19

    فَٱعْلَمْ أَنَّهُۥ لَآ إِلَـٰهَ إِلَّا ٱللَّهُ وَٱسْتَغْفِرْ لِذَنۢبِكَ وَلِلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ ۗ وَٱللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَىٰكُمْ

    Faʻlam ʹannahoo Laaa ʹilaaha ʹillal laahu wastag̣fir liẓambika wa-lil-Muʹmineena wal-Muʹminaat: wallaahu yaʻlamu mutaq̣allabakum wa-mas̤waakum.

    ފަހެ ހަމަކަށަވަރުން الله މެނުވީ حَقُّ އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނު ކަލޭގެފާނުންގެ ފާފަ ފުއްސެވުމަށް އެދި ދަންނަވާށެވެ! އަދި މުއުމިނު ފިރިހެނުންގެއާއި އަދި މުއުމިނު އަންހެނުންގެ ފާފަ ފުއްސެވުމަށް އެދިވަޑައިގެން ދަންނަވާށެވެ! ދުވާލު ވަގުތު މަސައްކަތުގައި ކަލޭމެން އެފުއްމިފުށަށް ފުރޮޅޭތަން الله تَعَالَى ދެނެވޮޑިގެންވެއެވެ. އަދި ރޭގަޑުވަގުތު ކަލޭމެން އަރާމުކުރުމަށް ގޮސްތިބޭތަންވެސް الله تَعَالَى ދެނެވޮޑިގެންވެއެވެ.

  57. 47:20

    وَيَقُولُ ٱلَّذِينَ ءَامَنُوا۟ لَوْلَا نُزِّلَتْ سُورَةٌ ۖ فَإِذَآ أُنزِلَتْ سُورَةٌ مُّحْكَمَةٌ وَذُكِرَ فِيهَا ٱلْقِتَالُ ۙ رَأَيْتَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ يَنظُرُونَ إِلَيْكَ نَظَرَ ٱلْمَغْشِىِّ عَلَيْهِ مِنَ ٱلْمَوْتِ ۖ فَأَوْلَىٰ لَهُمْ

    Wa-yaq̣oolul laẓeena ʹaamanoo Law-laa nuzzilat Soorah? Faʹiẓaaa ʹuñzilat Sooratum Muḥkamatuñw Waẓukira feehal q̣itaalu raʹaytal laẓeena fee q̣uloobihim maraḍuñy yañz̤̣uroona ʹilayka naz̤̣aral mag̣shiyyi ʻalayhi minal mawt. Faʹawlaa lahum!

    އަދި އީމާންވީމީސްތަކުން ބުނެއެވެ. (ހަނގުރާމައިގެ ވާހަކަ ބަޔާންވެގެންވާ) ސޫރަތެއް ބަވާތްލައްވާނޭނަމައެވެ. ދެންފަހެ އެސޫރަތުގައި حُكُم ތައް ރަނގަޅަށް ސާފުކޮށް އޮޅުމެއްނެތި ބަޔާންވެގެންވާ ފަދައިން ހަނގުރާމައިގެވާހަކަ ބަޔާންވެގެންވާ ސޫރަތެއްބާވާތް ލައްވައިފިއްޔާ އެބައިމީހުންގެ ހިތްތަކުގައި (نِفَاقُ ކަމުގެ) ބަލިކަމެއްވާމީހުން ކަލޭގެފާނު ދެކެވަޑައިގަންނަވާނީ މަރުވާންވެގެން ހޭބަލިވެ ދެކަޅި ވިދިފައިވާމީހަކު ބަލާގޮތަށް ކަލޭގެފާނާއި ދިމާލަށް ބަލާތީއެވެ. އެމީހުންނަށް ހަލާކު ހުއްޓެވެ. (ނުވަތަ އެމީހުން ނޭދޭގޮތް ދިމާވުން) އެމީހުންނަށް އައުލާވެގެންވެއެވެ.

  58. 47:21

    طَاعَةٌ وَقَوْلٌ مَّعْرُوفٌ ۚ فَإِذَا عَزَمَ ٱلْأَمْرُ فَلَوْ صَدَقُوا۟ ٱللَّهَ لَكَانَ خَيْرًا لَّهُمْ

    Ṭaaʻatuñw Waq̣awlum maʻroof. Faʹiẓaa ʻazamal ʹamr. Falaw ṣadaq̣ul laaha lakaana khayral lahum.

    ކިޔަމަންތެރިކަން އަދާކުރުމާއި އަދި ހެޔޮބަސް ބުނުން ހުއްޓެވެ. ދެންފަހެ ހަނގުރާމަ فَرْضُ ވެ ކަނޑައެޅިއްޖެއްޔާ އެމީހުން ދެބަސްވެ ފަހަތަށް ޖެހެއެވެ. އަދި އެމީހުން ކިޔަމަންތެރިވެ الله تَعَالَى އަށް ތެދުވެރިވިނަމަ އެގޮތް އެމީހުންނަށް މާހެޔޮވީހެވެ.

  59. 47:22

    فَهَلْ عَسَيْتُمْ إِن تَوَلَّيْتُمْ أَن تُفْسِدُوا۟ فِى ٱلْأَرْضِ وَتُقَطِّعُوٓا۟ أَرْحَامَكُمْ

    Fahal ʻasaytum ʹiñ tawallaytum ʹañ tufsidoo fil ʹarḍi wa-tuq̣aṭṭiʻooo ʹarḥaamakum?

    (އޭ މިތިބަ މުނާފިޤުންނޭވެ! ނުވަތަ މުރުތައްދުމީހުންނޭވެ!) ކަލޭމެން އުއްމަތުގެ ކަންކަމަށް ވެރިކުރެވިއްޖެއްޔާ (ނުވަތަ ކަލޭމެން އިސްލާމުދީނުން މޫނު އަނބުރައިލައިފިއްޔާ) ކަލޭމެން ބިމުގައި ޝިރުކުކޮށް ފަސާދަކޮށް އަދި ކަލޭމެން ކަލޭމެންގެ رَحِم ކަޑައި ހަދާބަޔަކު ކަމުގައި ވެދާނެކަންނޭގެއެވެ. އެހެންވުން އެކަށީގެންވެއެވެ.

  60. 47:23

    أُو۟لَـٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ فَأَصَمَّهُمْ وَأَعْمَىٰٓ أَبْصَـٰرَهُمْ

    ʹUlaaaʹikal laẓeena laʻanahumul laahu faʹaṣammahum wa-ʹaʻmaaa ʹabṣaarahum.

    ކަނޑައެޅިގެން އެފަދަމީހުން އެއީ الله لَعْنَة ލެއްވި މީހުންނެވެ. ފަހެ އެކަލާނގެ އެމީހުންނަށް (ހެޔޮއެއްޗެއް ނުވިސްނޭމެގޮތުން) ބީރުކުރެއްވިއެވެ. އަދި އެކަލާނގެ އެމީހުންގެ ލޯތައްއަދިރި ކުރެއްވިއެވެ. (އެއީ مَعْنَوِى ގޮތުން حَقُّ ތެދު އެއްޗެއް ނުފެންނާނެގޮތުންނެވެ.)

  61. 47:24

    أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَآ

    ʹAfalaa yatadabbaroonal Q̣ur-ʹaana ʹam ʻalaa q̣uloobin ʹaq̣faaluhaa?

    އެމީހުންފަހެ قُرْآن އާއި މެދު ވިސްނާފިކުރުކޮށް ތަދުބީރުކޮށް ނުހަދަނީ ބާވައެވެ. ނުވަތަ އެމީހުންގެ ހިތްތައްއެވަނީ ތަޅު އަޅުވާ ބަންދުކޮށްފައިހެއްޔެވެ؟

  62. 47:25

    إِنَّ ٱلَّذِينَ ٱرْتَدُّوا۟ عَلَىٰٓ أَدْبَـٰرِهِم مِّنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْهُدَى ۙ ٱلشَّيْطَـٰنُ سَوَّلَ لَهُمْ وَأَمْلَىٰ لَهُمْ

    ʹInnal laẓeenar taddoo ʻalaaa ʹadbaarihim mim baʻdi maa- tabayyana lahumul Hudash Shayṭaanu sawwala lahum, wa-ʹamlaa lahum.

    ހަމަކަށަވަރުން އެމީހުންނަށް ތެދުމަގު ރަނގަޅަށް ބަޔާންވެ އެގުމަށްފަހު އެމީހުން އެމީހުންގެ ފުރަގަހަށް ރައްދު ވީމީހުން އެބަހީ މުރުތައްދުވީމީހުން (ދަންނައެވެ.) شَيْطَانُ އެމީހުންނަށް (ނުބައިކަންތައްތައް) ޒީނަތްތެރި ކޮށްދިނީއެވެ. އަދި އެމީހުންނަށް އެސޮރު ބޭކާރު އުއްމީދުތައް ކޮށްދީ ހެދީއެވެ. ވާވެއްދީއެވެ.

  63. 47:26

    ذَٰلِكَ بِأَنَّهُمْ قَالُوا۟ لِلَّذِينَ كَرِهُوا۟ مَا نَزَّلَ ٱللَّهُ سَنُطِيعُكُمْ فِى بَعْضِ ٱلْأَمْرِ ۖ وَٱللَّهُ يَعْلَمُ إِسْرَارَهُمْ

    Ẓaalika biʹannahum q̣aaloo lillaẓeena karihoo maa- nazzalal laahu sanuṭeeʻukum fee baʻḍil ʹamr; wallaahu yaʻlamu ʹisraarahum.

    އެކަން އެހެން އެވީ ހަމަކަށަވަރުން الله ބާވައިލެއްވި ތަކެއްޗާއިމެދު ނުރުހުނުމީހުންނަށް (އެއީ މައްކާގެ މުޝްރިކުން ނުވަތަ ޔަހޫދީންނެވެ.) އެމުނާފިޤުން ބުނީ ބައެއްކަންކަމުގައި ނިކަންހުރެ އަހުރެމެން ކަލޭމެންނަށް ކިޔަމަންވާހުށީމެވެ. އަދި އެހެންނަމަވެސް الله އެއަންގަވަނީ އެމީހުންގެ ސިއްރުތައް الله ދެނެވޮޑި ގަންނަވާކަމުގައެވެ.

  64. 47:27

    فَكَيْفَ إِذَا تَوَفَّتْهُمُ ٱلْمَلَـٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَـٰرَهُمْ

    Fakayfa ʹizaa tawaffathumul malaaaʹikatu yaḍriboona wujoohahum wa-ʹadbaa-rahum?

    އަދި މަލާއިކަތްބޭކަލުން އެމީހުންގެ މަރުހިތްޕަވައިފިއްޔާ ދެންވާނީ ކިހިނެއްހެއްޔެވެ؟ (އެމީހުންގެ މަރުހިތްޕަވާހިނިދު) އެބޭކަލުން އެމީހުންގެ މޫނުތަކުގައްޔާއި އެމީހުނގެ ފޫކޮޅުތަކުގައި ތަޅުއްވާހުއްޓެވެ.

  65. 47:28

    ذَٰلِكَ بِأَنَّهُمُ ٱتَّبَعُوا۟ مَآ أَسْخَطَ ٱللَّهَ وَكَرِهُوا۟ رِضْوَٰنَهُۥ فَأَحْبَطَ أَعْمَـٰلَهُمْ

    Ẓaalika biʹannahumut tabaʻoo maaa ʹaskhaṭal laaha wa-karihoo riḍwaanahoo faʹaḥbaṭa ʹaʻmaalahum.

    އެހެން އެވީ ހަމަކަށަވަރުން الله ކޯފާވެވޮޑި ގަންނަވާ ކަންތަކާއި އެމީހުން تَبَعَ ވީކަމެވެ. އަދި އެކަލާނގެ ރުހިވޮޑިގަތުމާއި އެމީހުން ނުރުހުނީއެވެ. ދެން ފަހެ އެކަލާނގެ އެމީހުންގެ (ހެޔޮ ޢަމަލުތައް) بَاطِلُ ކުރެއްވިއެވެ.

  66. 47:29

    أَمْ حَسِبَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ أَن لَّن يُخْرِجَ ٱللَّهُ أَضْغَـٰنَهُمْ

    ʹAm ḥasibal laẓeena fee q̣uloobihim maraḍun ʹal lañy yukhrijal laahu ʹaḍg̣aanahum?

    އަދި ނުވަތަ އެމީހުންގެ ހިތްތަކުގައި (نِفَاقُ ކަމުގެ) ބައްޔެއްވާ އެމީހުން އެމީހުންގެ ޙަސަދައިގެ ރުޅިވެރިކަން الله ނުނެރުއްވާނެކަމަށް އެމީހުން ހީކުރަނީ ހެއްޔެވެ؟ (އެހެން ނުވާނެއެވެ. އެމީހުންގެ ހިތްތަކުގައި މުއުމިނުންގެ މައްޗައް އެވާ ރުޅިވެރިކަމާއި ހަސަދަވެރިކަމާއި ޢަދާވާތްތެރިކަން الله ނެރުއްވާނެއެވެ. ފާޅު ކުރައްވާނެއެވެ.

  67. 47:30

    وَلَوْ نَشَآءُ لَأَرَيْنَـٰكَهُمْ فَلَعَرَفْتَهُم بِسِيمَـٰهُمْ ۚ وَلَتَعْرِفَنَّهُمْ فِى لَحْنِ ٱلْقَوْلِ ۚ وَٱللَّهُ يَعْلَمُ أَعْمَـٰلَكُمْ

    Wa-law nashaaaʹu laʹaraynaakahum falaʻaraftahum̃ biseemaahum: wa-lataʻrifan-nahum fee laḥnil q̣awl! Wallaahu yaʻlamu ʹaʻmaalakum.

    އަދި ތިމަންރަސްކަލާނގެ އެދިވޮޑި ގަންނަވާނަމަ ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ކަލޭގެފާނަށް އެމީހުން ދައްކަވައިފީހެވެ. (އެއީކޮންބައެއްކަން އަންގަވަފާހުށީމެވެ.) ދެން ހަމަކަށަވަރުން އެމީހުންގެ ޢަލާމާތުން ކަލޭގެފާނަށް އެމީހުން އެގިވަޑައިގެންފާނެއެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނަށް އެމީހުންގެ ބަސްބުނުމުގެ ރާގުންނާއި އަދި مِقْصَد ން އެމީހުން އެގިވަޑައިގެންފާނެއެވެ. އަދި (އޭމިތިބަ މުނާފިޤުންނޭވެ!) ކަލޭމެންގެ ޢަމަލުތައް الله ދެނެވޮޑިގެންވެއެވެ.

  68. 47:31

    وَلَنَبْلُوَنَّكُمْ حَتَّىٰ نَعْلَمَ ٱلْمُجَـٰهِدِينَ مِنكُمْ وَٱلصَّـٰبِرِينَ وَنَبْلُوَا۟ أَخْبَارَكُمْ

    Wa-lanabluwannakum ḥattaa naʻlamal mujaahideena miñkum waṣṣaabireena wa-nabluwa ʹakhbaarakum.

    އަދި ހަމަކަށަވަރުން ކަލޭމެންގެތެރެއިން މުޖާހިދުންނަކީ ކޮންބައެއްކަމާއި އަދި ކެތްތެރިންނަކީ ކޮންބައެއްކަން ތިމަން ރަސްކަލާނގެ ދެނެވޮޑިގެންވާކަން ފާޅުކުރައްވައިފުމަށްދާންދެން ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެން إِمْتِحَانُ ކުރައްވާހުށީމެވެ. (އެއީ ހަނގުރާމަ فَرْضُ ކުރައްވައިގެން ކިޔަމަންތެރިންނާއި ނުކިޔަމަންތެރިން ހާމަކުރައްވައިގެންނެވެ.)

  69. 47:32

    إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ وَشَآقُّوا۟ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْهُدَىٰ لَن يَضُرُّوا۟ ٱللَّهَ شَيْـًٔا وَسَيُحْبِطُ أَعْمَـٰلَهُمْ

    ʹInnal laẓeena kafaroo wa-ṣaddoo ʻañ Sabeelil laahi wa-shaaaq̣q̣ur Rasoola mim baʻdi maa- tabayyana lahumul Hudaa lañy yaḍurrul laaha shayʹaa: wa-sa-yuḥbiṭu ʹaʻmaalahum.

    ހަމަކަށަވަރުން ކާފަރުވީމީސްތަކުން އަދި އެމީހުން ﷲ ގެމަގު ބަންދުކޮށް އެމީހުންނަށް ތެދުމަގު ރަނގަޅަށް ބަޔާންވެ އެގުމަށްފަހު ދެންއެމީހުން ރަސޫލާއާއި އިދިކޮޅު ހެދިމީހުން (ދަންނައެވެ.) އެމީހުންނަކަށް އެއްވެސްގޮތަކުން އަދިއެއްވެސްކަމަކުންވިޔަސް الله އަށް އުދަގުލެއްކޮށް ގެއްލުމެއްކޮށްހެދޭނެ ބައެއްކަމުގައި އެމީހުންނުވެއެވެ. އަދި ނިކަންހުރެ އެމީހުންގެ ޢަމަލުތައް بَاطِلُ ވެދާނެއެވެ.

  70. 47:33

    ۞ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَلَا تُبْطِلُوٓا۟ أَعْمَـٰلَكُمْ

    Yaaaʹayyuhal laẓeena ʹaamanooo ʹaṭeeʻul laaha wa-ʹaṭeeʻur Rasoola wa-laa tubṭilooo ʹaʻmaalakum!

    އޭއީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން الله އަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން ރަސޫލާއަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން ކަލޭމެންގެ (ހެޔޮ) ޢަމަލުތައް\nبَاطِلُ ނުކުރާށެވެ! (މިއާޔަތުގެ مَفْهُوْمُ އަށްބަލާއިރު الله އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަން ނުވާ ކޮންމެމީހެއްގެ (ހެޔޮ) ޢަމަލުތައް بَاطِلُ ވާނެއެވެ. އެދެފަރާތުގެ އަމުރާ ދިމާނުވާގޮތަށް ހުންނައެއްވެސް ހެޔޮޢަމަލެއް ޤަބޫލެއްނުވެވޭނެއެވެ. މިގޮތުން ބަލާއިރު މަޒުހަބެއްގެ ނަމުގައިކުރެވޭ ޢަމަލުތައް ރަސްމީ އޮފީހުން ބައްލަވައި ގަންނަވާނެކަމުގެ އެއްވެސް ދަލީލެއްނެތެވެ.

  71. 47:34

    إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ ثُمَّ مَاتُوا۟ وَهُمْ كُفَّارٌ فَلَن يَغْفِرَ ٱللَّهُ لَهُمْ

    ʹInnal laẓeena kafaroo wa-ṣaddoo ʻañ Sabeelil laahi s̤umma maatoo wa-hum kuffaaruñ falañy yag̣firal laahu lahum.

    ހަމަކަށަވަރުން ކާފަރުވީމީސްތަކުން އަދި އެމީހުން ﷲ ގެ މަގު އެބަހީ އިސްލާމުދީން ބަންދުކޮށް ދީނަށް މީހުން ވަނަނުދީ ހުރަސްކޮށް / ބަންދުކޮށްހަދައި ދެންއެމީހުން ކާފަރުކަންމަތީވާ ޙާލު މަރުވެދިޔަ ކަމުގައިވަންޏާ ފަހެ الله تَعَالَى އެމީހުންނަށް ނުފުއްސަވާހުއްޓެވެ.

  72. 47:35

    فَلَا تَهِنُوا۟ وَتَدْعُوٓا۟ إِلَى ٱلسَّلْمِ وَأَنتُمُ ٱلْأَعْلَوْنَ وَٱللَّهُ مَعَكُمْ وَلَن يَتِرَكُمْ أَعْمَـٰلَكُمْ

    Falaa tahinoo wa-tadʻooo ʹilas salmi wa-ʹañtumul ʹaʻlawna wallaahu maʻakum wa-lañy yatirakum ʹaʻmaalakum.

    ފަހެ ކަލޭމެން މުއުމިނުން ބަލިކަށި ނުވާހުށިކަމެވެ! ފިނޑި ނުވާށެވެ! އަދި ކަލޭމެން (ކުރީފަށައިގެން) صُلْحَ ޔަށްނުގޮވާށެވެ! ކާފަރުން صُلْحَ އަށްގޮވަންދެން ކަލޭމެން ހަނގުރާމަ ކުރިޔަށް ގެންދާށެވެ! ކަލޭމެންނަކީ މަތިވާނެމީހުންނެވެ. الله ވޮޑިގެންވަނީ ކަލޭމެންނާއި އެކުގައެވެ. އަދި ކަލޭމެންގެ ޢަމަލުތައް އެބަހީ ޢަމަލުގެ ދަރުމަޔާއި ސަވާބު އެކަލާނގެ މަދު ނުކުރައްވާނެއެވެ.

  73. 47:36

    إِنَّمَا ٱلْحَيَوٰةُ ٱلدُّنْيَا لَعِبٌ وَلَهْوٌ ۚ وَإِن تُؤْمِنُوا۟ وَتَتَّقُوا۟ يُؤْتِكُمْ أُجُورَكُمْ وَلَا يَسْـَٔلْكُمْ أَمْوَٰلَكُمْ

    ʹInnamal ḥayaatud dunyaa laʻibuñw walahw: wa-ʹiñ tuʹminoo wa-tattaq̣oo yuʹtikum ʹujoorakum wa-laa yasʹalkum ʹamwaalakum.

    ދުނިޔޭ ގެ މިދިރިއުޅުންވާކަން ކަށަވަރީ ކުޅިވަރާއި އަދި الله تَعَالَى ގެމަތިން غَافِل ކޮށްލާ އެއްޗެއް ކަމުގައެވެ. އަދިކަލޭމެން އީމާންވެ އަދި ކަލޭމެން ثقوى ވެރި ވެއްޖެއްޔާ ކަލޭމެންގެ އުޖޫރަ ކަލޭމެނަށް އެކަލާނގެ ދެއްވާނެއެވެ. އަދި އެކަލާނގެ ކަލޭމެންގެ މުދަލަކަށް އެބަހީ ކަލޭމެންގެ މުޅިމުދާ (އެކަށް) ކަލޭމެންދޭކަށެއް އެދިވޮޑި] ނުގަންނަވާނެއެވެ. (އެދިވޮޑިގަންނަވަނީ އޭގެޙައްޤުއަދާކުރުމަށެވެ. ޒަކާތްދޭށެވެ. ދެންވެސް ސުންނަތްصَدَقَة ދޭށެވެ.)

  74. 47:37

    إِن يَسْـَٔلْكُمُوهَا فَيُحْفِكُمْ تَبْخَلُوا۟ وَيُخْرِجْ أَضْغَـٰنَكُمْ

    ʹIñy yasʹalkumoohaa fayuḥfikum tabkhaloo wa-yukhrij ʹaḍg̣aanakum.

    އެކަލާނގެ ކަލޭމެންގެކިބައިން (އެކަށް) އެމުދާ ހޭދަކުރުމަށް އެދިވޮޑިގެންނެވި ނަމަ ފަހެ އެހައިރުން ކަލޭމެންނަށް ދަތިވެދާނެއެވެ. ދެންކަލޭމެން ދަހިވެތި ވެދާނެއެވެ. بَخِيْلُ ވެދާނެއެވެ. އަދިކަލޭމެންގެ ހިތްޔަކުގައިވާ ރުޅިވެރިކަމާއި ޙަސަދަވެރިކަން އެކަލާނގެ ނެރުއްވާނެއެވެ.

  75. 47:38

    هَـٰٓأَنتُمْ هَـٰٓؤُلَآءِ تُدْعَوْنَ لِتُنفِقُوا۟ فِى سَبِيلِ ٱللَّهِ فَمِنكُم مَّن يَبْخَلُ ۖ وَمَن يَبْخَلْ فَإِنَّمَا يَبْخَلُ عَن نَّفْسِهِۦ ۚ وَٱللَّهُ ٱلْغَنِىُّ وَأَنتُمُ ٱلْفُقَرَآءُ ۚ وَإِن تَتَوَلَّوْا۟ يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ لَا يَكُونُوٓا۟ أَمْثَـٰلَكُم

    Haaaʹañtum haaaʹulaaaʹi tudʻawna lituñfiq̣oo fee Sabeelil laah: famiñkum mañy yabkhal Wa-mañy yabkhal faʹinnamaa yabkhalu ʻan nafsih. Wallaahul G̣aniyyu wa-ʹañtumul Fuq̣araaaʹ. Wa-ʹiñ tatawallaw yastabdil q̣awman g̣ayrakum s̤umma laa- yakoonooo ʹams̤aalakum!

    އޭމިތިބަމީހުންނޭވެ! ކަލޭމެން ﷲ ގެމަގުގައި ހޭދަކުރުމަށް ކަލޭމެންނަށް ގޮވޭނެއެވެ. ފަހެ ކަލޭމެންގެތެރޭގައި بَخِيْلُ ވާނޭމީހުން - ދަހިވެތިވާނޭމީހުން- ވާނެއެވެ. އަދި بَخِيْلُ ވާމީހުން - ދަހިވެތިވާމީހުން ދަންނައެވެ. ފަހެ ހަމަކަށަވަރުން އެމީހަކު އެ بَخِيْلُ ވާކަން ކަށަވަރީ އެމީހެއްގެ އަމިއްލަ ނަފުސަށެވެ. އެބަހީ އެކަމުގެ ގެއްލުމާއި ދެރަކަންއޮންނާނީ ހަމަ އެމީހެއްގެ އަމިއްލަ ނަފުސަށެވެ. الله އެއީ އަމިއްލަ ޒާތުފުޅާއިގެން ފުދިވޮޑިގެންވާ ކަލާނގެއެވެ. އަދި ކަލޭމެނަނަކީ ފަޤީރުންނެވެ. އެކަލާނގެއަށް ބޭނުންވެގެންވާމީހުންނެވެ. އަދި ކަލޭމެން ﷲ ގެމަގުގައި ހޭދަނުކޮށް އެކަލާނގެ އަމުރުފުޅުތަކަށް އެނބުރި ފުރަގަސްދީފިއްޔާވެސް އެކަލާނގެ އެހެންޤައުމަކަށް ބަދަލު ކުރައްވައިފާނެއެވެ. އެބަހީ ކަލޭމެންގެ ބަދަލުގައި އެހެންބަޔަކު ގެންނަވައިފާނެއެވެ. އަދި އެގެންނަވާމީހުން ކަލޭމެންފަދައިން ނުވާނެއެވެ. ބަސް އަހާނެއެވެ.

  76. Surah Al-FathBegins here at 48:1

  77. 48:1

    إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا

    ʹInnaa fataḥnaa laka Fatḥam Mubeenaa,

    (އޭ رَسُول الله އެވެ!) ހަމަކަށަވަރުން ތިމަރަސްކަލާނގެ ކަލޭގެފާނަށް ބަޔާންވެގެންވާ فَتَحَ އަކުން فَتَحَ ކޮށް ދެއްވައިފީމެވެ. (މިތާމި އިޝާރާތް ކުރައްވާ فَتَحَ އަކީ صُلْحُ الحُدَ يْبِيَّة ގެ فَتَحَ ކަމާއި ނުވަތަ مَكَّة فَتَحَ ކުރެއްވުން ކަމާއި ނުވަތަ އެކަލޭގެފާނަށް ދެއްވުނު ހުރިހާ فَتَحَ ކަމާއި މިކަންކަމާއިމެދު مُفَسِّرُ ންގެ ބަސް ތަފާތުވެގެންވެއެވެ. ކޮންމެއަކަސް އަޅުގަޑު ދެކޭގޮތުގައި އެއީ އެކަލޭގެފާނުންގެ ޢަދާވާތްތެރިންގެ މައްޗަށް އެކަލޭގެފާނަށް الله ދެއްވި ހުރިހާ فَتَحَ އެކެވެ.)

  78. 48:2

    لِّيَغْفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُۥ عَلَيْكَ وَيَهْدِيَكَ صِرَٰطًا مُّسْتَقِيمًا

    Liyag̣fira lakal laahu maa- taq̣addama miñ ẓambika wa-maa taʹakhkhara wa-yutimma niʻmatahoo ʻalayka wa-yahdiyaka Ṣiraaṭam Mustaq̣eemaa,

    އެއީ އެބަހީ އެބޮޑު فَتَحَ އެއް الله ކަލޭގެފާނަށް ދެއްވީ ކަލޭގެފާނުންގެ ފާފައިގެތެރެއިން އިސްވެދިޔަ ފާފަތަކާއި އަދި ފަސްވެދާނޭފާފައަކާއި ކަލޭގެފާނަށް ފުއްސަވައި ދެއްވުމަށްޓަކައެވެ. އަދި ކަލޭގެފާނުންގެމައްޗަށް އެކަލާނގެ نِعْمِة ފުރިހަމަ ކުރެއްވުމަށެވެ. އަދި އެކަލާނގެ ކަލޭގެފާނަށް ހަމަ ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވުމަށެވެ.

  79. 48:3

    وَيَنصُرَكَ ٱللَّهُ نَصْرًا عَزِيزًا

    Wa-yañṣurakal laahu Naṣran ʻAzeezaa.

    އަދި الله ކަލޭގެފާނަށް ގަދަވެގެންވާ نَصْرُ އަކުން. نَصْرُ ދެއްވުމަށެވެ. * ދަންނައެވެ. އިސްވެދިޔަތާގައި އެވާ ކޮންމެ ކަމަކާއިމެދު ވާހަތައްދިގުވެ ބަސްތަފާތުވެފައިވެއެވެ. އެހެންވެ އެކަން ހަދާންކޮލަމެވެ. އަޅުގަޑުވެސް އަދި އެހެން ދަޑިވަޅެއްގައި އެކަންކަމާއިމެދު އެއްޗެއް ދަންނަވާނީއެވެ. إنْ شَاءَ الله.

  80. 48:4

    هُوَ ٱلَّذِىٓ أَنزَلَ ٱلسَّكِينَةَ فِى قُلُوبِ ٱلْمُؤْمِنِينَ لِيَزْدَادُوٓا۟ إِيمَـٰنًا مَّعَ إِيمَـٰنِهِمْ ۗ وَلِلَّهِ جُنُودُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًا

    Huwal laẓee ʹañzalas Sakeenata fee q̣uloobil Muʹmineena liyazdaadooo ʹeemaanam maʻa ʹeemaanihim: wa-lillaahi Junoodus samaawaati wal-ʹarḍ; wa-kaanal laahu ʻAleeman Ḥakeemaa,

    އަދި مُؤمِنُ ން ގެ ހިތްތަކަށް އެ فَتَحَ ތަކުގެ ސަބަބުންހަމަޖެހުމާއި މައިތިރިކަން ގެނަސްދެއްވީ ހަމަ الله އެވެ. އެއީ އެމީހުންގެ ކުރީގެ އީމާންކަމުގެތެރެއަށް އީމާންކަން އިތުރުކުރެއްވުމަށްޓަކައެވެ. އަދިއުޑުތަކާއި ބިމުގައިވާހާ ސިފައިންނެއް މިލްކުވެ خَاصَّ ވެގެންވަނީ ހަމަ الله އަށެވެ. (އެއީ ހުރިހާވައްތަރެއްގެ ސިފައިންނެވެ. މަލާއިކަތް ބޭކަލުންނާއި އިންސާނުންނާއި އަދި ޖިންނި ޝައިތާނުންގެތެރެއިންނާއި މިއެންމެހާބާވަތެއްގެ ސިފައިންނެވެ.) އަދި الله تَعَالى ވޮޑިގެންވަނީ ދެނެވޮޑިގެންވާ حِكْمَة ވަންތަ ކަލަކު ކަމުގައެވެ.

  81. 48:5

    لِّيُدْخِلَ ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا وَيُكَفِّرَ عَنْهُمْ سَيِّـَٔاتِهِمْ ۚ وَكَانَ ذَٰلِكَ عِندَ ٱللَّهِ فَوْزًا عَظِيمًا

    Liyudkhilal Muʹmineena wal-Muʹminaati Jannaatiñ tajree miñ taḥtihal ʹanhaaru khaalideena feehaa wa-yukaffira ʻanhum sayyiʹaatihim;― wakaana ẓaalika ʻiñdal laahi fawzan ʻaz̤̣eemaa,―

    އެއީ مُؤمِنُ ފިރިހެނުންނާއި مُؤمِنُ އަންހެނުން އެތަންތާގެދަށުން އާރުތައްދެމޭ ބަގީޗާތަކަކަށް / ސުވަރުގެ ތަކަށް އެކަލާނގެ ވެއްދެވުމަށްޓަކައެވެ. އެމީހުން އެތަންތާ ދެމިތިބޭ ޙާލު ގައެވެ. އަދި އެކަލާނގެ އެމީހުންގެކިބައިން އެމީހުންގެ ކުށްފާފަތައް ފުއްސަވައިދެއްވުމަށެވެ. އަދި الله تَعَالى ގެ حَضْرَةُ ގައި ބޮޑުވެގެންވާ ނަސީބެއްކަމުގައި އެކަންވިއެވެ.

  82. 48:6

    وَيُعَذِّبَ ٱلْمُنَـٰفِقِينَ وَٱلْمُنَـٰفِقَـٰتِ وَٱلْمُشْرِكِينَ وَٱلْمُشْرِكَـٰتِ ٱلظَّآنِّينَ بِٱللَّهِ ظَنَّ ٱلسَّوْءِ ۚ عَلَيْهِمْ دَآئِرَةُ ٱلسَّوْءِ ۖ وَغَضِبَ ٱللَّهُ عَلَيْهِمْ وَلَعَنَهُمْ وَأَعَدَّ لَهُمْ جَهَنَّمَ ۖ وَسَآءَتْ مَصِيرًا

    Wa-yuʻaẓẓibal Munaafiq̣eena wal-Munaafiq̣aati wal-Mushrikeena wal-Mushrikaatiz̤̣ z̤̣aaanneena billaahi z̤̣annas sawʹ. ʻAlayhim daaaʹiratus sawʹ: wa-g̣aḍibal laahu ʻalayhim wa-laʻanahum wa-ʹaʻadda lahum Jahannam; wa-saaaʹat maṣeeraa.

    އަދި އެއީ مُنِافِقُ ފިރިހެނުންނާއި مُنِافِقُ އަންހެނުން އަދި މުޝްރިކު ފިރިހެނުންނާއި މުޝްރިކު އަންހެނުން ނާއި (މިމީސްމީހުންނަށް) އެކަލާނގެ عَذَابُ ދެއްވުމަށެވެ. = އެމީހުންނަކީ الله تَعَالى އާއިމެދު ނުބައިހީތައް ހީކުރާމީހުންނެވެ. އޭގެސަބަބުން އެމީހުންގެމައްޗަށް ނުބައިގޮތްތައް މެދުވެރިކުރައްވާށިއެވެ. އަދި الله تَعَالى އެމީހުންގެމައްޗަށް ކޯފާލައްވައި އަދިއެކަލާނގެ އެމީހުންނަށް لَعْنَة ލެއްވިއެވެ. އަދި އެކަލާނގެ އެމީހުންނަށް ނަރަކަ ތައްޔާރު ކުރެއްވިއެވެ. އަދި އެއި އެތާގޮސްތިބުން ނުބައިވެގެންވާތަނެވެ.

  83. 48:7

    وَلِلَّهِ جُنُودُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا

    Wa-lillaahi Junoodus samaawaati wal-ʹarḍ: wa-kaanal laahu ʻAzeezan Ḥakeemaa.

    އަދި އުޑުތަކާއި ބިމުގައިވާހާ ސިފައިންނެއް މިލްކުވެ خَاصَّ ވެގެންވަނީ ހަމަ الله އަށެވެ. ގަދަފަދަވަންތަ އަދި حِكْمَة ވަންތަ ކަލަކު ކަމުގައި الله ވޮޑިގެންވެއެވެ.

  84. 48:8

    إِنَّآ أَرْسَلْنَـٰكَ شَـٰهِدًا وَمُبَشِّرًا وَنَذِيرًا

    ʹInnaaa ʹarsalnaaka Shaahidañw Wa-Mubashshirañw Wa-Naẓeeraa:

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނު ތިޔައީ ހެކިވެވަޑައިގަންނަވާ ބޭކަލަކު ކަމުގައްޔާއި އަދިއުފާވެރިކަމުގެ خَبَرُ ދެއްވާބޭކަލަކު ކަމުގައްޔާއި އަދި ބިރުވެރިކަމުގެ خَبَرُ ބޭކަލަކު ކަމުގައި ރަސޫލު ކަމާއިގެން ފޮނުއްވީމެވެ.

  85. 48:9

    لِّتُؤْمِنُوا۟ بِٱللَّهِ وَرَسُولِهِۦ وَتُعَزِّرُوهُ وَتُوَقِّرُوهُ وَتُسَبِّحُوهُ بُكْرَةً وَأَصِيلًا

    Lituʹminoo billaahi wa-Rasoolihee wa-tuʹazziroohu wa-tuwaq̣q̣irooh, wa-tusabbiḥoohu bukratañw waʹaṣeelaa.

    އެއީ އެމީހުން الله އާއި އެކަލާނގެ رَسُول އަށް އީމާން ވުމަށްޓަކައެވެ. އަދި އެކަލާނގެއަށްނަސްރުދިނުމެވެ. (އެކަލާނގެދީނަށް ނަސްރުދިނުމެވެ) އަދި އެކަލާނގެއަށް މާތްކޮށް ހިތުމަށާއި އަދި އެކަލާނގެއަށް قَدَرُ ކޮށް إحْتِرَام ކުރުމާއި ހެދުނާއި ހަވީރު އެކަލާނގެއަށް تَسْبِيْحَ ކިއުމަށާއިއެވެ.

  86. 48:10

    إِنَّ ٱلَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ ٱللَّهَ يَدُ ٱللَّهِ فَوْقَ أَيْدِيهِمْ ۚ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفْسِهِۦ ۖ وَمَنْ أَوْفَىٰ بِمَا عَـٰهَدَ عَلَيْهُ ٱللَّهَ فَسَيُؤْتِيهِ أَجْرًا عَظِيمًا

    ʹInnal laẓeena yubaayiʻoonaka ʹinnamaa yubaayiʻoonal laah: Yadul laahi fawq̣a ʹaydeehim: faman nakas̤a faʹinnamaa yañkus̤u ʻalaa nafsih; wa-man ʹawfaa bimaa ʻaahada ʻalayhul laaha fasayuʹteehi ʹajran ʻaz̤̣eemaa.

    ހަމަކަށަވަރުން ކަލޭގެފާނަށް بَيْعَة ހިފިމީހުން (އެއީ بْيْعَةُ الرِّضْوَان އެވެ.) އެމީހުން بَيْعَة ހިފިކަން ކަށަވަރީ الله އާއި އެވެ. (އެވަޤުތު) ﷲ ގެއަތްޕުޅު އެމީހުންގެ އަތްތަކުގެމަތީގައި ވެއެވެ. ދެން ފަހެ އެعَهْدُ އުވާލައިމީހާ ދަންނައެވެ. ފަހެ އޭނާ އެއުވައިލީ އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށެވެ. (އެބަހީ އެކަމުގެފާފައޮންނާނީ ހަމަ އޭނާގެ ނަފުސުގެ މައްޗަށެވެ.) އަދި އެކަންތަކުގެ މައްޗަށް އޭނާ الله އާއި عَهْد އެވީކަންތައް ފުއްދައިފިމީހާ ދަންނައެވެ. ފަހެ ނިކަންހުރެ އެކަލާނގެ އެމީހަކަށް ބޮޑުވެގެންވާ ދަރުމަދެއްވާނެތެވެ.

  87. 48:11

    سَيَقُولُ لَكَ ٱلْمُخَلَّفُونَ مِنَ ٱلْأَعْرَابِ شَغَلَتْنَآ أَمْوَٰلُنَا وَأَهْلُونَا فَٱسْتَغْفِرْ لَنَا ۚ يَقُولُونَ بِأَلْسِنَتِهِم مَّا لَيْسَ فِى قُلُوبِهِمْ ۚ قُلْ فَمَن يَمْلِكُ لَكُم مِّنَ ٱللَّهِ شَيْـًٔا إِنْ أَرَادَ بِكُمْ ضَرًّا أَوْ أَرَادَ بِكُمْ نَفْعًۢا ۚ بَلْ كَانَ ٱللَّهُ بِمَا تَعْمَلُونَ خَبِيرًۢا

    Sayaq̣oolu lakal mukhal-lafoona minal ʹAʻraabi shag̣alatnaaa ʹamwaalunaa wa-ʹahloonaa fastag̣fir lanaa. Yaq̣ooloona biʹalsinatihim maa laysa fee q̣uloobihim. Q̣ul famañy yamliku lakum minal laahi shayʹan ʹin ʹaraada bikum ḍarran ʹaw ʹaraada bikum nafʻaa? Bal kaanal laahu bimaa taʻmaloona khabeeraa.

    މަދީނާގެ ބޭރުގައި މަދީނާގެ ވަށަވަށައިގެން އުޅޭ عَرَبِى ންގެތެރެއިން ހަނގުރާމައަށް ނުގޮސް ފަހަތަށް ޖެހުނުމީހުން ނިކަންހުރެބުނާނެއެވެ. (އޭ رَسولُ الله އެވެ!) އަހުރެމެންގެ މުދަލާއި އަހުރެމެންގެ އަހުލުވެރިން އަހުރެމެން مَشْغُولُ ކުރުވައިފިއެވެ. (އެހެންވެ އަހުރެމެންނަށް ކަލޭގެފާނުންގެ އަރިހު ހަނގުރާމައަށް ނުދެވުނީއެވެ.) ފަހެ އަހުރެމެންނަށް ފާފަ ފުއްސެވުމަދަންނައިދެއްވާށެވެ! (الله وَحِي ކުރެއްވިއެވެ.) އަދި އެމީހުންގެ ހިތްތަކުގައި ނުވާތަކެތި އެމީހުން އެމީހުންގެ ދޫތަކުން އެމީހުން ބުނަނީއެވެ. (އޭ رَسُول الله އެވެ!) = ކަލޭގެފާނު ވިދާޅުވާށެވެ. އެކަލާނގެ ކަލޭމެންނާއިމެދު ނުބައިކަމެއް ނުވަތަ އުދަގުލެއް އިރާދަ ކުރައްވައިފިއްޔާ ﷲ ގެ حَضْرَةُ ން އަތުވެދާނޭ އެއްވެސްކަމެއް (ﷲ ގެ حَضْرَةُ ން އަތުވެދާނޭ އެއްވެސް ޢަޒާބެއް ދިފާޢު ކުރުމަށް) ފަހެ ކުޅަދާނަވެ މިލްކުވެގެންވަނީ ކާކަށް ހެއްޔެވެ؟ އަދި ނުވަތަ އެކަލާނގެ ކަލޭމެންނަށް މަންފާއެއް އިރާދަކުރައްވައިފިއްޔާވެސް އެކަން އަޔަނުދީ ހިފެހެއްޓޭނީ ފަހެކާކަށް ހެއްޔެވެ؟ އަދި ކިއެއްހެއްޔެވެ؟ ކަލޭމެންކުރާހާކަމެއްގެ ޚަބަރު ދެނެވޮޑިގެންވާ ކަލަކު ކަމުގައި الله ވޮޑިގެންވެއެވެ.

  88. 48:12

    بَلْ ظَنَنتُمْ أَن لَّن يَنقَلِبَ ٱلرَّسُولُ وَٱلْمُؤْمِنُونَ إِلَىٰٓ أَهْلِيهِمْ أَبَدًا وَزُيِّنَ ذَٰلِكَ فِى قُلُوبِكُمْ وَظَنَنتُمْ ظَنَّ ٱلسَّوْءِ وَكُنتُمْ قَوْمًۢا بُورًا

    Bal z̤̣anañtum ʹal lañy yañq̣alibar Rasoolu wal-Muʹminoona ʹilaaa ʹahleehim ʹabadañw wa-zuyyina ẓaalika fee q̣uloobikum wa-z̤̣anañtum z̤̣annas sawʹi wa-kuñtum q̣awmam booraa.

    އަދި ކިއެއްހެއްޔެވެ؟ ކަލޭމެން ހީކުރީ ރަސޫލާއާއި އަދި ދެންތިބި މުއުމިނުން އެމީހުންގެ އަހުލުވެރިންގާތަށް ދުވަހަކުވެސް ވާސިލު ނުވެވޭނެކަމަށެވެ. (އެމީހުން މަރުވެ ވަސްފިލާނެކަމަށެވެ.) އަދި ކަލޭމެންގެ ހިތްތަކުގައި އެކަން ޒީނަތްތެރި ކުރެވިއްޖެއެވެ. އަދި ގެއްލި ހަލާކުވެގެންވާ ބަޔަކު ކަމުގައި ކަލޭމެން ވީމުއެވެ. (މިތާ މިސިފަވެގެންދަނީ الحُدَيْبِيَّة ގެ ހަނގުރާމައަށް ނުވަތަ مَكَّة فَتَح ކުރެއްވުމަށް ނުކުމެވަޑައިގެންނެވި އިރު އަރިހުގައި ދިއުމަށް އެންގެވުމަށްފަހުވެސް ނުގޮސްތިބި ބައެއްގެވާހަކަ ކަމުގައި ވިއެވެ. والله أعلم = زُبْدَةُ التَّفْسِير

  89. 48:13

    وَمَن لَّمْ يُؤْمِنۢ بِٱللَّهِ وَرَسُولِهِۦ فَإِنَّآ أَعْتَدْنَا لِلْكَـٰفِرِينَ سَعِيرًا

    Wa-mal lam yuʹmim billaahi wa-Rasoolihee faʹinnaaa ʹaʻtadnaa lilkaafireena Saʻeeraa!

    އަދި الله އަށާއި އެކަލާނގެ ރަސޫލާއަށް އީމާންނުވާމީހުން (އެއީ ކާފަރުންނެވެ.) ހަމަކަށަވަރުން ކާފަރުންނަށް ތިމަންރަސްކަލާނގެ އަނދައަނދާހުރި އަލިފާނެއް ތައްޔާރު ކުރެއްވީމެވެ.

  90. 48:14

    وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۚ وَكَانَ ٱللَّهُ غَفُورًا رَّحِيمًا

    Wa-lillaahi Mulkus samaawaati wal-ʹarḍ: yag̣firu limañy yashaaaʹu wa-yuʻaẓẓibu mañy yashaaaʹ: wa-kaanal laahu G̣afoorar Raḥeemaa.

    އުޑުތަކާއި ބިމުގެ އެންމެހައި މިލްކު خَاصَّ ވެ މިލްކުވެގެންވަނީ ހަމަ الله އަށެވެ. އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ފުއްސަވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ عَذَابُ ދެއްވައެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލަކު ކަމުގައި الله ވޮޑިގެންވެއެވެ.

  91. 48:15

    سَيَقُولُ ٱلْمُخَلَّفُونَ إِذَا ٱنطَلَقْتُمْ إِلَىٰ مَغَانِمَ لِتَأْخُذُوهَا ذَرُونَا نَتَّبِعْكُمْ ۖ يُرِيدُونَ أَن يُبَدِّلُوا۟ كَلَـٰمَ ٱللَّهِ ۚ قُل لَّن تَتَّبِعُونَا كَذَٰلِكُمْ قَالَ ٱللَّهُ مِن قَبْلُ ۖ فَسَيَقُولُونَ بَلْ تَحْسُدُونَنَا ۚ بَلْ كَانُوا۟ لَا يَفْقَهُونَ إِلَّا قَلِيلًا

    Sayaq̣oolul mukhallafoona ʹiẓañ ṭalaq̣tum ʹilaa mag̣aanima litaʹkhuẓoohaa ẓaroonaa nattabiʻkum: yureedoona ʹañy yubaddiloo Kalaamal laah. Q̣ul lañ tattabiʻoonaa kaẓaalikum q̣aalal laahu miñ q̣abl: fasayaq̣ooloona bal taḥsudoonanaa. Bal kaanoo laa- yafq̣ahoona ʹillaa q̣aleelaa.

    (ހަނގުރާމަ فَرْضُ ވުމުން) ހަނގުރާމައަށް ނުގޮސް ފަހަށް ޖެހުނުމީހުން ކަލޭމެން (މުއުމިނުން) (خَيْبَرُ ގެ) غَنِيْمَة ލިބިގަތުމަށް ހިގައްޖެއްޔާ ނިކަންހުރެބުނާނެއެވެ. އަހުރެމެންވެސް ކަލޭމެންނާއި އެކު ދިއުމަށް ދޫކޮށްލާށެވެ. (ދިއުމަށް ހުއްދަ ދެއްވާށެވެ.) الله އެއަންގަވަނީ އެމީހުން އެއެދެނީ ﷲ ގެ ބަސްފުޅު ބަދަލުކުރުމަށެވެ. (الله އަންގަވާފައިވަނީ الحُدَيْبِيَّة އަށް ނުދާމީހަކު خَيْبَرُއަށް ނުދިއުމަށެވެ.) (އޭ رَسولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އަހުރެމެންނާއި تَبَعَ ނުވާށެވެ. (އަހުރެމެނާއި تَبَعَ ވެގެން خَيْبَرُ އަށްނުދާށެވެ!) އޭކަލޭމެންނޭވެ. މީގެކުރިން الله وَحِي ކުރެއްވީ އެފަދައިންނެވެ. (الحُدَيْبِيَّة އަށް ނުދާމީހަކު خَيْبَرُއަށް ނުދިއުމަށެވެ.) ފަހެ ނިކަންހުރެ އެމީހުން (އެމުނާފިޤުން) ބުނާނެއެވެ. އަދި ކިއެއްހެއްޔެވެ؟ އެހެންނޫނެވެ. ކަލޭމެން އަހުރެމެންނަށް حَسَدَ ވެރިވަނީއެވެ. އަދި ކިއެއްހެއްޔެވެ؟ އެހެންނޫނެވެ. އެމީހުންވީ ދާދިމަދުން މެނުވީ ނުވިސްނޭބަޔަކު ކަމުގައެވެ.

  92. 48:16

    قُل لِّلْمُخَلَّفِينَ مِنَ ٱلْأَعْرَابِ سَتُدْعَوْنَ إِلَىٰ قَوْمٍ أُو۟لِى بَأْسٍ شَدِيدٍ تُقَـٰتِلُونَهُمْ أَوْ يُسْلِمُونَ ۖ فَإِن تُطِيعُوا۟ يُؤْتِكُمُ ٱللَّهُ أَجْرًا حَسَنًا ۖ وَإِن تَتَوَلَّوْا۟ كَمَا تَوَلَّيْتُم مِّن قَبْلُ يُعَذِّبْكُمْ عَذَابًا أَلِيمًا

    Q̣ul lilmukhallafeena minal ʹAʻraabi satudʻawna ʹilaa q̣awmin ʹulee baʹsiñ shadeediñ tuq̣aatiloonahum ʹaw yuslimoon. Faʹiñ tuṭeeʻoo yuʹtikumul laahu ʹajran ḥasanaa: wa-ʹiñ tatawallaw kamaa tawallaytum miñ q̣ablu yuʻaẓẓibkum ʻaẓaaban ʹaleemaa.

    (އޭ رَسولُ الله އެވެ!) أعْرَابِى ންކުރެން ހަނގުރާމައަށް ނުގޮސް ފަސްޖެހުނުމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ގަދަބާރުގެވެރި ބަޔަކުމީހުން ގާތަށް ހަނގުރާމައަށް ދިއުމަށް ނިކަންހުރެ ކަލޭމެންނަށް ގޮވޭނެއެވެ. އެހެންޏާ ކަލޭމެން އެމީހުންނާއި ހަނގުރާމަކުރުމެވެ. ނުވަތަ އެމީހުން ކިޔަމަންވެ އިސްލާމުވުމެވެ. ދެންފަހެ ކަލޭމެން (އެއަމުރަށް) ކިޔަމަންވެއްޖެއްޔާ الله ކަލޭމެނަށް ރަނގަޅުވެގެންވާ ދަރުމަ ދެއްވާނެތެވެ. އަދި މީގެކުރިން ކަލޭމެން ފުރަގަސްދިންގޮތަށް ކަލޭމެން އެނބުރި ފުރަގަސްދީފިއްޔާ އެކަލާނގެ ކަލޭމެންނަށް ވޭންދެނިވި عَذابُ އަކުން عَذابُ ދެއްވާނެތެވެ.

  93. 48:17

    لَّيْسَ عَلَى ٱلْأَعْمَىٰ حَرَجٌ وَلَا عَلَى ٱلْأَعْرَجِ حَرَجٌ وَلَا عَلَى ٱلْمَرِيضِ حَرَجٌ ۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدْخِلْهُ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ وَمَن يَتَوَلَّ يُعَذِّبْهُ عَذَابًا أَلِيمًا

    Laysa ʻalal ʹaʻmaa ḥarajuñw walaa ʻalal ʹaʻraji ḥarajuñw walaa ʻalal mareeḍi haraj. Wa-mañy yuṭiʻil laaha wa-Rasoolahoo yudkhilhu Jannaatiñ tajree miñ taḥtihal ʹanhaar; wa-mañy yatawalla yuʻaẓẓibhu ʻaẓaaban ʹaleemaa.

    ލޯއަދިރިމީހަކަށް ވެސް އަދި ކޮރުމީހަކަށް ވިޔަސް އަދި ބަލިމީހަކަށް ވިޔަސް މިމީސްމީހުން ހަނގުރާމައަށް ނުދިއުމަކުން އެމީހުންނަކަށް ކުށެއްނެތެވެ. (އެއީ ޢުޒުރުވެރިންނެވެ.) އަދި الله އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވެއްޖެމީހާ (ދަންނައެވެ.) އެތަންތާގެދަށުން އާރުތައް ދެމޭ ބަގީޗާތަކަކަށް އެކަލާނގެ އެމީހަކު ވައްދަވާހުއްޓެވެ. އަދި ކިޔަމަންނުވެ ފުރަގަސްދީފިމީހަކު (ދަންނައެވެ.) އެކަލާނގެ އެމީހަކަށް ވޭންދެނިވި عَذابُ އަކުން عَذابُ ދެއްވާނެތެވެ.

  94. 48:18

    ۞ لَّقَدْ رَضِىَ ٱللَّهُ عَنِ ٱلْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ ٱلشَّجَرَةِ فَعَلِمَ مَا فِى قُلُوبِهِمْ فَأَنزَلَ ٱلسَّكِينَةَ عَلَيْهِمْ وَأَثَـٰبَهُمْ فَتْحًا قَرِيبًا

    Laq̣ad raḍiyal laahu ʻanil Muʹmineena ʹiẓ yubaayiʻoonaka taḥtash Shajarati faʻalima maa- q̣uloobihim fee faʹañzalas Sakeenata ʻalayhim wa-ʹas̤aabahum Fat-ḥañ q̣areebaa;

    ހަކަށަވަރުން الله تَعَالَى މުއުމިނުންނަށް ރުހި ވޮޑިގަންނަވައިފިއެވެ. އެއީ ގަސްދަށުގައި އެމީހުން ކަލޭގަފާނަށް بَيْعَةُ ހިފި ހިދު ގައެވެ. ފަހެ އެމީހުންގެ ހިތްތަކުގައިވާތަކެތި (އީމާންކަމާއި އަދި ކިޔަމަންތެރިކަން) އެކަލާނގެ ދެނެވޮޑިގެންވެއެވެ. ދެންފަހެ އެކަލާނގެ އެމީހުންގެ މައްޗަށް ހަމަޖެހުމާއި މައިތިރިކަން ބާވާތްލެއްވިއެވެ. އަދި ދާދިގާތްވެގެންވާ فَتَحً އެއް އެމީހުންނަށް އެކަލާނގެ ދެއްވާ ދަރުމަކުރައްވާނެކަމުގައި ނިންމަވައިފިއެވެ. (އެއީ خَيْبَرُ فَتَحً ވުމެވެ.)

  95. 48:19

    وَمَغَانِمَ كَثِيرَةً يَأْخُذُونَهَا ۗ وَكَانَ ٱللَّهُ عَزِيزًا حَكِيمًا

    Wa-mag̣aanima kas̤eeratañy yaʹkhuẓoonahaa: wa-kaanal laahu ʻAzeezan Ḥakeemaa.

    އަދި އެމީހުން އެތަކެތި ބޭނުންކުރާނޭ ގިވެގެންވާ غَنِيْمَة މުދާތައްވެސް އެކަލާނގެ އެމީހުންނަށް ދެއްވިއެވެ. އަދި عِزَّة ވަންތަ حِكْمَة ވަންތަ ކަލަކު ކަމުގައި އަދި الله ވޮޑިގެންވެއެވެ.

  96. 48:20

    وَعَدَكُمُ ٱللَّهُ مَغَانِمَ كَثِيرَةً تَأْخُذُونَهَا فَعَجَّلَ لَكُمْ هَـٰذِهِۦ وَكَفَّ أَيْدِىَ ٱلنَّاسِ عَنكُمْ وَلِتَكُونَ ءَايَةً لِّلْمُؤْمِنِينَ وَيَهْدِيَكُمْ صِرَٰطًا مُّسْتَقِيمًا

    Waʻadakumul laahu mag̣aanima kas̤eeratañ taʹkhuẓoonahaa faʻajjala lakum haaẓihee wa-kaffa ʹaydiyan naasi ʻañkum; wa-litakoona ʹAayatal lil-Muʹmineena wa-yahdiyakum Ṣiraaṭam Mustaq̣eemaa;

    އަދި الله تَعَالَى ކަލޭމެނަށް ކަލޭމެން އެތަކެތިން ބޭނުންކުރާނޭ ގިނަވެގެންވާ غَنِيْمَة މުދާތަކެއްދެއްވާނެކަމުގެ وَعْدُ ކުރެއްވެވިއެވެ. ދެންފަހެ މި غَنِيْمَة (އެބަހީ خَيْبَرُ ގެ غَنِيْمَة) އެކަލާނގެ އަވަސްކޮދެއްވީއެވެ. އަދި މީސްތަކުންގެ އަތްތައް ކަލޭމެންގެކިބައިން އެކަލާނގެ ދުރު ކޮށްދެއްވިއެވެ. އެބަހީ އެމީހުންގެ އަތްތަކުން ކަލޭމެނަށް އަނިޔާވިޔަނުދެއްވައި އެކަލާނގެ ހިފެހެއްޓެވިއެވެ. އަދި އެއީ (رَسُول الله ﷺ ގެބަސްފުޅާއި وَعْدُ ފުޅު ތެދުއެއްޗެއްކަން) މުއުމިނުތަކުންނަށް ޔަޤީންވުމުގެ ދަލީލަކަށެވެ. އަދި ސީދާވެގެންވާ ތެދުމަގަށްއެކަލާނގެ ކަލޭމެނަށް މަގުދެއްކެވުމަށެވެ.

  97. 48:21

    وَأُخْرَىٰ لَمْ تَقْدِرُوا۟ عَلَيْهَا قَدْ أَحَاطَ ٱللَّهُ بِهَا ۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرًا

    Wa-ʹukhraa lam taq̣diroo ʻalayhaa q̣ad ʹaḥaaṭal laahu bihaa: wa-kaanal laahu ʻalaa kulli shayʹiñ Q̣adeeraa.

    އަދި އޭގެމައްޗަށް ކަލޭމެންނަށް އަދިކުޅަދާނަވެގެންނުވާ އެހެން އެއްޗެއް (އެހެން غَنِيْمَة) އެކަލާނގެ ކަލޭމެނަށް ދެއްވުމަށެވެ. ހަމަކަށަވަރުން الله އެތަން އަދި ވަނީ ރައްކާތެރިކުރައްވާ ހިހައްޓަވާފައިވާފައެވެ. އަދި ކޮންމެކަމެއްގެމައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ކަލަކުކަމުގައި الله ވޮޑިގެންވެއެވެ. (މިއާޔަތުގައި މިސިފަކުރައްވާ ފަތަޙައަކީ މައްކާ فَتَحً ކުރުންކަމާއި އަދި ނުވަތަ ފާރިސްކަރަޔާއި ރޫމުކަ فَتَحً ކުރުންކަމާއި މިކަންކަމުގައި ޢިލްމުވެރިންގެ ބަސްތަފާތެވެ. މިއިން ކޮންމެކަމެއްގެ މުރާދުކަމުގައިވުން ވެސް ހަމައެކަށީގެންވެއެވެ.)

  98. 48:22

    وَلَوْ قَـٰتَلَكُمُ ٱلَّذِينَ كَفَرُوا۟ لَوَلَّوُا۟ ٱلْأَدْبَـٰرَ ثُمَّ لَا يَجِدُونَ وَلِيًّا وَلَا نَصِيرًا

    Wa-law q̣aatalakumul laẓeena kafaroo lawallawul ʹadbaara s̤umma laa- yajidoona wa-liyyañwwa laa- naṣeeraa.

    އަދި ކާފަރުން ކަލޭމެން މުއުމިނުންނާއި ހަނގުރާމަ ކުރިނަމަ ހަމަކަށަވަރުން އެމީން ކަލޭމެންނަށް ފުރަގަސްދޭނެއެވެ. (الحُدَيْبِيَّة ގެދުވަހު މައްކާގެ އެކާފަރުން ކަލޭމެންނާއި ހަނގުރާމަކުރިނަމަ ހަމަކަށަވަރުން އެމީހުން ކަލޭމެންނަށް ފުރަގަސްދިނީހެވެ.) ދެން އެއްވެސް ސަހަރޯވެރިއަކު އަދި ނަސްރުވެރިއަކުވިޔަސް އެމީހުން ނުދެކޭނެއެވެ.

  99. 48:23

    سُنَّةَ ٱللَّهِ ٱلَّتِى قَدْ خَلَتْ مِن قَبْلُ ۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبْدِيلًا

    Sunnatal laahil latee q̣ad khalat miñ q̣ablu wa-lañ tajida li-Sunnatil laahi tabdeelaa.

    އެއީ މީގެކުރީ އިސްވެދިޔަތާގައިވެސް އިސްވެދި މީސްތަކުންނާއި މެދުވެސް الله ކަންތައް ގެންދަވާ ގޮތެވެ. އެކަލާނގެ ސުންނަތެވެ. އަދި ﷲ ގެ އެގޮތަށް ބަދަލެއްވާތީ ކަލޭގެފާނު ދެކެވަޑައި ނުގަންނަވާނެއެވެ.

  100. 48:24

    وَهُوَ ٱلَّذِى كَفَّ أَيْدِيَهُمْ عَنكُمْ وَأَيْدِيَكُمْ عَنْهُم بِبَطْنِ مَكَّةَ مِنۢ بَعْدِ أَنْ أَظْفَرَكُمْ عَلَيْهِمْ ۚ وَكَانَ ٱللَّهُ بِمَا تَعْمَلُونَ بَصِيرًا

    Wa-Huwal laẓee kaffa ʹaydiyahum ʻañkum wa-ʹaydiyakum ʻanhum bibaṭni Makkata mim baʻdi ʹan ʹaz̤̣farakum ʻalayhim. Wa-kaanal laahu bimaa taʻmaloona Baṣeeraa.

    އަދި އެމީހުންގެ އަތްތައް ކަލޭމެންގެ ގަޔަށް އަތްލިޔަނުދީ ހިފެހެއްޓެވީ އެކަލާނގެއެވެ. އަދި ކަލޭމެންގެ އަތްތައް އެމީހުންގެ ގަޔަށް އަތްލިޔަނުދީ ހިފެހެއްޓެވީ ވެސް (ހަމައެކަލާނގެއެވެ.) އެއީ بَطْنُ مكة އެވެ ކިޔޭތާގައި (جَبَلُ تنْعِيْم) އާއި ދިމާއިންނެވެ. އެމީހުންގެ މައްޗަށް ކަލޭމެންނަށް ކާމިޔާބާއި ނަސީބު ލިބުމަށްފަހުގައެވެ. ކަލޭމެންކުރާކަންތަކަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައި الله ވޮޑިގެންވެއެވެ. (މިއީ الحُدَيْبِيَّةގެ صُلْح އަށްވާ އިޝާރަތެކެވެ.)

  101. 48:25

    هُمُ ٱلَّذِينَ كَفَرُوا۟ وَصَدُّوكُمْ عَنِ ٱلْمَسْجِدِ ٱلْحَرَامِ وَٱلْهَدْىَ مَعْكُوفًا أَن يَبْلُغَ مَحِلَّهُۥ ۚ وَلَوْلَا رِجَالٌ مُّؤْمِنُونَ وَنِسَآءٌ مُّؤْمِنَـٰتٌ لَّمْ تَعْلَمُوهُمْ أَن تَطَـُٔوهُمْ فَتُصِيبَكُم مِّنْهُم مَّعَرَّةٌۢ بِغَيْرِ عِلْمٍ ۖ لِّيُدْخِلَ ٱللَّهُ فِى رَحْمَتِهِۦ مَن يَشَآءُ ۚ لَوْ تَزَيَّلُوا۟ لَعَذَّبْنَا ٱلَّذِينَ كَفَرُوا۟ مِنْهُمْ عَذَابًا أَلِيمًا

    Humul laẓeena kafaroo wa-ṣaddookum ʻanil Masjidil Ḥaraami walhadya maʻkoofan ʹañy yablug̣a maḥillah. Wa-lawlaa rijaalum Muʹminoona wa-nisaaaʹum Muʹminaatul lam taʻlamoohum ʹañ taṭaʹoohum fatuṣeebakum minhum maʻarratum big̣ayri ʻilm, liyudkhilal laahu fee Raḥmatihee mañy yashaaaʹ. Law tazayyaloo laʻaẓẓabnal laẓeena kafaroo minhum ʻaẓaaban ʹaleemaa.

    އަދި ކާފަރުވީ ހަމައެމީހުންނެވެ. އަދިކަލޭމެން الْمَسْجِدِ الْحَرَامِ އަށް އަޔަނުދީ ހިފަހައްޓީވެސް ހަމައެމީހުންނެވެ. އަދި ކަތިލަން ގެނައި ހަދްޔުތައް އެތަކެތި ކަތިލަންވީ ތަނަށް ނުފޯރަނިސް ބަދެވި ހިފެހެއްޓިގެންވެއެވެ. ހަދްޔު ކަތިލަންވާނެތަނަކީ މައްކާގަ حَرَمُ ގެތެރެއިން ކަތިލުމަށް ކަނޑައެޅިފައިވާތަނެކެވެ. އަދި މައްކާގައި މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުންނުވާނަމަ (އެދުވަހު ގަދަކަމުން ހަނގުރާމަކޮށްގެންމައްކާއަށް އަރަން ހުއްދަދެވުނީހެވެ. އަދި އެމީހުން މައްކާގައި އެތިބީ އީމާންވެގެންކަމެއް ނުވަތަނޫންކަމެއް ކަލޭމެންނަކަށް ނޭގޭނެއެވެ.) އެޙާލުގައި ގަދަކަމުން މައްކާއަށް އަރައި އެތައްމުއުމިނުންނެއްމަރައިފީހެވެ. މުއުމިނެއް އަދި އެހެންމީހެއްނޭގުނީހެވެ. ދެން އޭރުން މުއުމިނުންމެރިކަމުގައިވެގެން ކާފަރުންގެފަރާތުން ޢައިބުބަސްލިބި ކައްފާރާ އަދާކުރުމުގެ އުދަގޫ އުފުލަން ޖެހިއްޖައީހެވެ. އަދި އެދުވަހު ކަލޭމެން ހަނގުރާމަކުމަށް الله ހުއްދަނުދެއްވީ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކު އެކަލާނގެ رَحْمَة ގެތެރެއަށް ވެއްދެވުމަށެވެ. (حُدَيْبِيَّة ގެ ދުވަހު ކާފަރުކަންމަތީ ތިބި އެތައްބަޔަކު އޭގެފަހުން އިސްލާމު ދީނަށްވަދެ ދީނަށް خِدْمَة ކުރިއެވެ. ވީމާ الله ރޭވުމާއި حِكْمَة އެއްވެސްމީހަކަށް ނޭގެއެވެ.) އަދި އެދުވަހު މުއުމިނުންނާއި ކާފަރުން ރަނގަޅަށް ވަކިކޮށް އެނގޭނަމަ ކާފަރުންނަ ވޭންދެނިވި عَذَابُ އެއް ތިމަންރަސްކަލާނގެ ދެއްވީހެވެ.

  102. 48:26

    إِذْ جَعَلَ ٱلَّذِينَ كَفَرُوا۟ فِى قُلُوبِهِمُ ٱلْحَمِيَّةَ حَمِيَّةَ ٱلْجَـٰهِلِيَّةِ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ ٱلتَّقْوَىٰ وَكَانُوٓا۟ أَحَقَّ بِهَا وَأَهْلَهَا ۚ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًا

    ʹIẓ jaʻalal laẓeena kafaroo fee q̣uloobihimul ḥamiyyata Ḥamiyyatal Jaahiliyyati faʹañzalal laahu Sakeenatahoo ʻalaa Rasoolihee wa-ʻalal Muʹmineena wa-ʹalzamahum kalimatat taq̣waa wa-kanooo ʹaḥaq̣q̣a bihaa wa-ʹahlahaa. Wa-kaanal laahu bikulli shayʹin ʻAleemaa.

    ކާފަރުވީމީސްތަކުން އެމީހުންގެ ހިތްތަކުގައި ދެކޮޅުވެރިކަމާއި ގޮތްދޫނުކުރުން ލީހިނދު އެއީ ޖާހިލީ ޒަމާނުގެ ދެކޮޅުވެރިކަމާއި ގޮތްދޫނުކުރުމެވެ. ފަހެ އެހިދުން الله تَعَالى އެކަލާނގެ ހަމަޖެހުމާ މައިތިރިކަން އެކަލާނގެ ރަސޫލާގެމައްޗަށާއި އަދި މުއުމިނުންގެ މައްޗަށް ބާވާތްލައްވައިފިއެވެ. އަދި تَقْوَى ވެރިކަމުގެ ކަލިމަ އެކަލާނގެ އެމީހުންނަށް ލާޒިމު ކުރުވައިފިއެވެ. (އެއީ لا إله إلاَّ اللهُ مًحمد رسول الله އެވެ. މިބަސްފުޅުން މުރާދުކުރެވެނީ مَسْجِدُ الحَرَام އަށް މާތްކޮށް ހިތުމެވެ. އަދި އެތާ ހަނގުރާމަކުރުން ދޫކޮށްލުމެވެ. ކާފަރުންފަދައި އެތާގެ حُرْمَة ނުކެޑުމެވެ.) އަދި އެމީހުނވީ އެކަލިމައަށް އެންމެ حَقُّ ބަޔަކު ކަމުގައެވެ. (އެތަނަށް މާތްކޮށްހިތުން އެންމެ حَقُّ މީހުންކަމުގައެވެ.) އަދި އޭގެ އަހުލުވެރިން ކަމުގައެވެ. އަދި ހުރިހާއެއްޗެއް ދެނެވޮޑިގެންވާ ކަލަކު ކަމުގައި الله ވޮޑިގެންވެއެވެ.

  103. 48:27

    لَّقَدْ صَدَقَ ٱللَّهُ رَسُولَهُ ٱلرُّءْيَا بِٱلْحَقِّ ۖ لَتَدْخُلُنَّ ٱلْمَسْجِدَ ٱلْحَرَامَ إِن شَآءَ ٱللَّهُ ءَامِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ لَا تَخَافُونَ ۖ فَعَلِمَ مَا لَمْ تَعْلَمُوا۟ فَجَعَلَ مِن دُونِ ذَٰلِكَ فَتْحًا قَرِيبًا

    Laq̣ad ṣadaq̣al laahu Rasoolahur ruʹyaa bilḥaq̣q̣: latadkhulunnal Masjidal Ḥaraama ʹiñ shaaaʹal laahu ʹaamineena muḥalliq̣eena ruʹoosakum wa-muq̣aṣṣireena laa takhaafoon. Faʻalima maa- lam taʻlamoo fajaʻala miñ dooni ẓaalika fatḥañ q̣areebaa.

    ހަމަކަށަވަރުން الله އެކަލާނގެ ރަސޫލާއަށް ފެނިވަޑައިގެންނެވި ހުވަފެންފުޅު حَقُّ އެއްޗެއްކަމުގައި ތެދުކޮށްދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން الله އިރާދަކުރެއްވިއްޔާ އަމާންވެގެންވާ ޙާލު ކަލޭމެން الْمَسْجِدَ الْحَرَامَ އަށްވަންނާނެއެވެ. ކަލޭމެންގެ ބޯތައްބާލައިގެންނާއި އަދި ކޮށާކުރުކޮށްގެންނެވެ. އެދުވަހުން ކަލޭމެން އެއްވެސްގޮތަކުން ބިރުނުގަންނާނެއެވެ. އަދި ކަލޭމެންނަށް ނޭގޭތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ حُدَيْبِيَّة ގެ صُلْحَ ވުން އެކަލާނގެ ލެއްވީ އޭގެކުރިން (އެބަހީ މައްކާއަށް ވަނުމަށްވުރެ ކުރިން) ގާތްވެގެންވާ فَتَحَ އެއްކަމުގައެވެ.

  104. 48:28

    هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ ۚ وَكَفَىٰ بِٱللَّهِ شَهِيدًا

    Huwal laẓeee ʹarsala Rasoolahoo bil-Hudaa wa-Deenil Ḥaq̣q̣i liyuz̤̣hirahoo ʻalad deeni kullih: wa-kafaa billaahi Shaheedaa.

    ތެދުމަގާއި އަދި حَقُّ ދީނާއިގެން އެކަލާނގެ ރަސޫލާފޮނުއްވީ ހަމައެކަލާނގެ އެވެ. الله އެވެ. އެއީ އެންމެހައި ދީންތަކުގެ މައްޗަށް އެދީން ފާޅުވެ ގަދަވުމަށެވެ. ހެކިވެ ވޮޑިގަންނަވާ ކަލަކު ކަމުގައި އަދި الله ފުދިވޮޑިގެންވެއެވެ.

  105. 48:29

    مُّحَمَّدٌ رَّسُولُ ٱللَّهِ ۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلْكُفَّارِ رُحَمَآءُ بَيْنَهُمْ ۖ تَرَىٰهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا ۖ سِيمَاهُمْ فِى وُجُوهِهِم مِّنْ أَثَرِ ٱلسُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِى ٱلتَّوْرَىٰةِ ۚ وَمَثَلُهُمْ فِى ٱلْإِنجِيلِ كَزَرْعٍ أَخْرَجَ شَطْـَٔهُۥ فَـَٔازَرَهُۥ فَٱسْتَغْلَظَ فَٱسْتَوَىٰ عَلَىٰ سُوقِهِۦ يُعْجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلْكُفَّارَ ۗ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًۢا

    Muḥammadur Rasoolul laah: wallaẓeena maʻahooo ʹashiddaaaʹu ʻalal kuffaari ruḥamaaaʹu baynahum taraahum rukkaʻañ sujjadañy yabtag̣oona faḍlam minal laahi wa-Riḍwaanaa. Seemaahum fee wujoohihim min ʹas̤aris sujood. Ẓaalika mas̤aluhum fit Tawraati wa-mas̤aluhum fil ʹIñjeel: kazarʻin ʹakhraja shaṭʹahoo faʹaazarahoo fastag̣laz̤̣a fastawaa ʻalaa sooq̣ihee yuʻjibuz zurraaʻa liyag̣eez̤̣a bihimul kuffaar. Waʻadal laahul laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati minhum Mag̣firatañw WaʹAjran ʻaz̤̣eemaa.

    ﷲ ގެރަސޫލާ محَمَّد (ﷺ) އާއި އަދި އެކަލޭގެފާނުންގެ އަރިހުގައިވާމީހުން ކާފަރުންގެމައްޗަށް ގަދަފަދަކަން ބޮޑެވެ. އަދި އެހެންނަމަވެސް އެބޭކަލުންގެ މެދުގައި رَحُم އާއި އޯގާވެރިކަން ބޮޑުވެގެންވާބޭކަލުންކަމުގައިވިއެވެ. ﷲ ގެحَضْرَةُ ން فَضْلُ ވަންތަކަމާއި އަދި އެކަލާނގެ ރުއްސެވުން އެބޭކަލުން އެދިވަޑައިގަންނަވާ ޙާލު رُكُوعُ ގިނައިން ކުރައްވާ އަދި سَجِدَ ގިނައިން ކުރައްވާ ބޭކަލުންކަމުގައި ކަލޭ އެބޭކަލުންދެކޭނެއެވެ. ސަޖިކުރެއްވުމުގެ ނިޝާނާއި އަސަރު އެބޭކަލުންގެ މޫނުފުޅު ތަކުން ފެންނާންހުންނާނެއެވެ. އެއީ ތައުރާތުގައި ބަޔާންވެގެންވާ އެބޭކަލުންގެ މިސާލެވެ. ސިފައެވެ. އަދި އިން ޖީލުގައި އެބޭކަލުންގެމިސާލަކީ ކުދިގަސްތައްފަޅައިފާވާ ދަޑެއްގެ މިސާލެވެ. ދެން އެދަޑު އެއްގަސް އަނެއްގަހަށް އެހީދީ އަދި އެގަސްތައް ގިނަވެ ބޯވެފައިވާ އަދި އޭގެތަޑުގެމަތީގައި (ގަސްގަޑުގައި) ރީތިކޮށް ހަރުލައިގަސްތައް ކޮޅަށްހުރިދަޑެކެވެ. އަދި (އެދަޑުދެކެފައި ދަޑުރީތިކަމާއި މޮޅުކަމާއި ފައްކާކަމުން) ދަޑުވެރިން ޢަޖާކޮށްލާވަރައް ދަޑު ފުރިހަމަވެފައިވެއެވެ. އެހުރިހާކަމަކީ (އެބޭކަލުންގެސަބަބުން) ކާފަރުން ރުޅިއެރުވުމަށެވެ. އަދި އެމީހުންގެތެރެއިން އީމާންވެގެން صَالِحُ عَمَلُ ކުރިމީހުންނަށް ފާފަ ފުއްސަވާނެކަމަށާއި އަދި ބޮޑުވެގެންވާ ދަރުމަދެއްވާނެކަމަށް الله عْدُ ކުރެއްވިއެވެ.

  106. Surah Al-HujuratBegins here at 49:1

  107. 49:1

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُقَدِّمُوا۟ بَيْنَ يَدَىِ ٱللَّهِ وَرَسُولِهِۦ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ

    Yaaa-ʹayyuhal laẓeena ʹaamanoo laa- tuq̣addimoo bayna yadayil laahi wa-Rasoolihee wattaq̣ul laah: ʹInnal laaha Sameeʻun ʻAleem.

    އޭއީމާންވެއްޖެ މީސްތަކުންނޭވެ! الله އާއި އެކަލާނގެ ރަސޫލާގެ ކުރިފުޅުމަތީގައި ކަލޭމެން އިސްވެނުގަންނާށެވެ! އަދި ކަލޭމެން الله އަށް ބިރުވެތިވާށެވެ تَقْوَى ވެރިވާށެވެ! ހަމަކަށަވަރުން الله އީ އައްސަވާ ވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.\nދަންނައެވެ. الله އާއި އެކަލާނގެ ރަސޫލާގެ ކުރިފުޅުމަތީގައި ކަލޭމެން އިސްވެނުގަންނާށެވެ! މިހެންއޮތްބަސްފުޅުން މުރާދުކުރެވެނީ رَسُولُ الله ﷺ ދުނިޔޭގައި ހުންނަވަނިކޮށް އަދި އެކަލޭގެފާނުންގެ ކުރިފުޅުމަތީގައި އެއްވެސްކަމެއްގައި އެކަލޭގެފާނަށްވުރެކުރިން އެކަމަކަށް ފާޑުކިޔައި، ގޮތްކިޔައިނުހެދުމެވެ. އަދިއެކަލޭގެފާނު ދުނިޔޭގައި ނެތްހިނދުން ﷲ ގެއާޔަތްތަކާއި އަދި ރަސޫލު ﷺ ގެ ބަސްފުޅާއި خِلآف އަށް ކަންތައްތައްކޮށް ނުހެދުމެވެ. އެއީ މުސްލިމުންނަށް އެކަށީގެންވާ ކަމެއްނޫނެވެ.

  108. 49:2

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَرْفَعُوٓا۟ أَصْوَٰتَكُمْ فَوْقَ صَوْتِ ٱلنَّبِىِّ وَلَا تَجْهَرُوا۟ لَهُۥ بِٱلْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَـٰلُكُمْ وَأَنتُمْ لَا تَشْعُرُونَ

    Yaaa-ʹayyuhal laẓeena ʹaamanoo laa- tarfaʻooo ʹaṣwaatakum fawq̣a ṣawtin Nabiyyi wa-laa tajharoo lahoo bilq̣awli kajahri baʻḍikum libaʻḍin ʹañ taḥbaṭa ʹaʻ-maalukum wa-ʹañtum laa- tashʻuroon.

    އޭއީމާންވެއްޖެ މީހުންނޭވެ. ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ކަލޭމެން އަޑުތައް ނުއުފުލާށެވެ! އަދި ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް އަޑުގަދަކުރާގޮތަށް އަޑު އުފުލާ ވާހަކަ ދައްކާގޮތަށް ގޮތަށް އެކަލޭގެފާނުންގެ އަރިހުގައި އަޑު ނުއުފުލާށެވެ! އެގޮތަށްބަސްނުބުނާށެވެ! އެއީ ކަލޭމެންގެ ހެޔޮ ޢަމަލުތައް ކަލޭމެންނަށް إحْسَاس ވެސްނުވެ بَاطِلُ ނުވުމައްޓަކައެވެ. (بَاطِلُ ވެދާނެތީއެވެ.)\nދަންނައެވެ. މިބަސްޅުން ރަނގަޅަށް އެނގެނީ އެކަލޭގެފާނުންގެ ކުރިފުޅުމަތީގައި އެގޮތަށް އަޑުހަރުކޮށް ވާހަދައްކާނަމަ ތިމާމެންގެ ހެޔޮ ޢަމަލު بَاطِلُ ވާނެކަމެވެ. އަދި އަޑުހަރުކޮށް ވާހަކަދެއްކުމުގެ މުރާދެއްކަމުގައި ބައެއްބޭކަލުން ވިދާޅުވަނީ އޭ محَمَّد އޭ محَمَّد މިހެންކިޔައި އެކަލޭގެފާނާއި مُخَاطَبُ ކުރުމެވެ. އެޔާއިމުޅިން ޚިލާފަށް އެކަލޭގެފާއި مُخَاطَبُ ކުރަންވާނީ يَا نَبِيَّ الله ނުވަތަ يَا رَسُولَ الله އެވެ. ދެންފަހެ މިވާހަކައިގެ މުޅި މުރާދަކީ އެކަލޭގެފާނަށް މާތްކޮށްހިތާ އަދަބު تَعْظِيْمُ ކޮށް إحْتِرَام ކުރުމެވެ.

  109. 49:3

    إِنَّ ٱلَّذِينَ يَغُضُّونَ أَصْوَٰتَهُمْ عِندَ رَسُولِ ٱللَّهِ أُو۟لَـٰٓئِكَ ٱلَّذِينَ ٱمْتَحَنَ ٱللَّهُ قُلُوبَهُمْ لِلتَّقْوَىٰ ۚ لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ

    ʹInnal laẓeena yag̣uḍḍoona ʹaṣwaatahum ʻiñda Rasoolil laahi ʹulaaaʹikal laẓeenam ta-ḥanal laahu q̣uloobahum littaq̣waa: lahum Mag̣firatuñw WaʹAjrun ʻaz̤̣eem.

    ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ އަރިހުގައި އެމީހުންގެ އަޑުތައް މަޑުކުރާމީހުން އެމީހުން އެއީ تَقْوَى ވެރިވުމަށް الله އެމީހުންގެ ހިތްތައް إمْتِحَانُ ކުރެއްވި މީހުންނެވެ. އެމީހުންނަށް ކަނޑައެޅިގެން ފާފަ ފުއްސެވުމާއި އަދި ބޮޑުވެގެންވާ ދަރުމަހުންނަ ހުއްޓެވެ.

  110. 49:4

    إِنَّ ٱلَّذِينَ يُنَادُونَكَ مِن وَرَآءِ ٱلْحُجُرَٰتِ أَكْثَرُهُمْ لَا يَعْقِلُونَ

    ʹInnal laẓeena yunaadoonaka miñw waraaaʹil ḤUJURAATI ʹaks̤aruhum laa- yaʻq̣iloon.

    އަދި ހަމަކަށަވަރުން ކޮޓަރިކޮޅުތަކުގެ ފުރަގަހުން ކަލޭގެފާނަށް ގޮވާމީސްތަކުން އެމީހުންކުރެ ގިނަމީހުން ނުވިސްނައެވެ. ބުއްދި ނުކުރެއެވެ. * ދަންނައެވެ. މިއާޔަތުން މިއިޝާރަތްވަނީ رَسُولُ الله ﷺ ގެޒަމާނުގައި އެކަލޭގެފާނުންގެ އަރިހަށް ކަމަކުދިޔަ ބަޔަކު ކަންތައްކުރިގޮތަކާއި މެދުގައެވެ. އެމީހުންނަކީ بَنِي تشمِيْمُ ވަންހައިގެ ބަޔަކު ކަމުގައިވިއެވެ. އެމީހުން އައިސް އެކަލޭގެފާނުންގެ އަނބިއަނބި ކަނބަލުންގެ ކޮޓަރިކޮޅުތަކުގެ ފުރަގަހުގައި ތިބެގެން އެކަލޭގެފާނު ނުކުމެވަޑައިގެންނެވުމުގެކުރިން يَا محمد يَا محمد މިހެންކިޔައި އެކަލޭ ގެފަނަށް ގޮވައިހެދީއެވެ. އެމީހުންއެކަން ކުރިގޮތުގެ އަދަބު ކުޑަކަމާއި رَسُولُ الله ﷺ ގެ ޙައްޤުފުޅުގައި އަދަބު إحْتِرَام ކުޑަކުރުމުގެ ސަބަބުން الله تَعَالَى ރުހިވޮޑި ނުގަންނަވައި އެކަމާއިމެދު މުޅި އުއްމަތަށް ހޭއަރުވައިދެއްވާ އެކަލޭގެފާނަށް އަދަބު تَعْظِيْمُ ކޮށް إحْتِرَام ކުރުމަށް އެންގެވީ އެވެ.

  111. 49:5

    وَلَوْ أَنَّهُمْ صَبَرُوا۟ حَتَّىٰ تَخْرُجَ إِلَيْهِمْ لَكَانَ خَيْرًا لَّهُمْ ۚ وَٱللَّهُ غَفُورٌ رَّحِيمٌ

    Wa-law ʹannahum ṣabaroo ḥattaa takhruja ʹilayhim lakaana khayral lahum: wallaahu G̣afoorur Raḥeem.

    ކަލޭގެފާނު އެމީހުންގެގާތަށް ނުކުމެވަޑައިގަންނަވަންދެން އެމީހުން ކެތްތެރިނަމަ ހަމަކަށަވަރުން އެގޮތް އެމީހުންނަށް ހެޔޮވެގެންވީހެވެ. الله އީ ގިނަގިނައިން ފާފަ ފުއްސަވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  112. 49:6

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن جَآءَكُمْ فَاسِقٌۢ بِنَبَإٍ فَتَبَيَّنُوٓا۟ أَن تُصِيبُوا۟ قَوْمًۢا بِجَهَـٰلَةٍ فَتُصْبِحُوا۟ عَلَىٰ مَا فَعَلْتُمْ نَـٰدِمِينَ

    Yaaaʹayyuhal laẓeena ʹaamanooo ʹiñ jaaʹakum faasiq̣um binabaʹiñ fatabayyanooo ʹañ tuṣeeboo q̣awmam bijahaalatiñ fatuṣbiḥoo ʻalaa maa- faʻaltum naadimeen.

    އޭއީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގާތަށް ޚަބަރަކާއިގެން ފާސިޤުއަކު އަތުވެއްޖެއްޔާ ފަހެ އެ خَبَرُ އެއް ރަނގަޅަށް ސާފުކޮށް (ތެދު ދޮގުބަލާށެވެ.) އެއީ ބަޔަކުމީހުންނަށް (ނުقَوَاعِدُ ން) ނޭގިތިބެ އަނިޔާ ނުކުރުމަށްޓަކައެވެ. ދެންފަހެ ކަލޭމެން ނުقَوَاعِدُ ން ނޭގިތިބެ ބަޔަކުމީނުހްނަށް އަނިޔާކޮށްފިނަމަ އެކުރިކަންތަކުގެމައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި ކަލޭމެންވެދާނެއެވެ.\nދަންނައެވެ. އިސްވެދިޔަ އާޔަތް ބާވާތްލެއްވިސަބަބެއް މުފައްސިރުން ބަޔާން ކުރައްވާފައިވެއެވެ. އެއީ الحَارِثُ بنُ ضِرَار ކިޔާބޭކަލަކު އެއްކުރައްވާފައިވަ ޒަކާތު ގެ މުދާބަލައި رَسُولُ الله ﷺ ފޮނުއްވައިގެން الوَلِيْد بْنُ عَقَبَة ދިޔައެވެ. މިވަލީދު މަގުގެ ވަކިހިސާބަކަށް ގޮސްފައި ކޮންމެވެސް ބިރުވެރިކަމެއް ހިތަށް ވަދެގެން އޭނާ އެނބުރިއައިސް رَسُولُ الله ﷺ އަށް ދެންނެވީ الحَارِثُ بنُ ضِرَار އޭނާއަށް މުދާނުދީ އަދިމަނާކޮށް އޭނާ މަރަން އުޅުނުކަމަށެވެ. ދެން رَسُولُ الله ﷺ ބަޔަކު ފޮނުއްވައިގެން ބެއްލެވިއިރު އެއީ ބޮޑު ދޮގެއްކަން ރަނގަޅަށް ސާބިތުވެއްޖެއެވެ. އެކަމާއި ގުޅިގެން އެއާޔަތް ބާވާތްލެއްވިއެވެ. އެމުނާސަބަތުގައި އެއާޔަތް ބާވާތްލައްވާފައި ވިޔަސް އާޔަތުގެ حُكُم قِيَامَة އާއިޖެހެންދެން އުއްމަތަށް قَرَارُ ވެ ހަމަޖެހިގެންވެއެވެ. (وَالله أعلم). = فَتْحُ القَدِيْر =

  113. 49:7

    وَٱعْلَمُوٓا۟ أَنَّ فِيكُمْ رَسُولَ ٱللَّهِ ۚ لَوْ يُطِيعُكُمْ فِى كَثِيرٍ مِّنَ ٱلْأَمْرِ لَعَنِتُّمْ وَلَـٰكِنَّ ٱللَّهَ حَبَّبَ إِلَيْكُمُ ٱلْإِيمَـٰنَ وَزَيَّنَهُۥ فِى قُلُوبِكُمْ وَكَرَّهَ إِلَيْكُمُ ٱلْكُفْرَ وَٱلْفُسُوقَ وَٱلْعِصْيَانَ ۚ أُو۟لَـٰٓئِكَ هُمُ ٱلرَّٰشِدُونَ

    Waʻlamooo ʹanna feekum Rasoolal laah: law yuṭeeʻukum fee kas̤eerim minal ʹamrila ʻanittum wa-laakinnal laaha ḥabbaba ʹilaykumul ʹEemaana wa-zayyanahoo fee q̣uloobikum wa-karraha ʹilaykumul kufra walfusooq̣a walʻiṣyaan: ʹulaaaʹika humur raashidoon;―

    އަދި ކަލޭމެން ދަންނާށެވެ. ހަމަކަށަވަރުން ކަލޭމެންގެތެރޭގައި ﷲ ގެ ރަސޫލާ ވާކަން ކަލޭމެން ދަންނާށެވެ. ގިނަކަންތަކުގައި އެކަލޭގެފާނު ކަލޭމެންނަށް ކިޔަމަންވެ ވަޑައިގެންފިޔާ ކަލޭމެންނަށް އުދަގޫވެ ދަތިވެދާނެއެވެ. އަދިއެހެންނަމަވެސް الله تَعَالى ކަލޭމެންނަށް އީމާންކަން ލޯބިވެތި ކުރުވައިފިއެވެ. އަދިކަލޭމެންގެ ހިތްތަކުގައި އެކަލާނގެ އެކަން ޒީނަތްތެރިކޮށް ދެއްވައިފިއެވެ. އަދި ކަލޭމެންނަށްޓަކައި ކާފަރުކަމާއި ފާސިޤުކަމާއި އަދި އުރެދުން ތެރިކަން އެކަލާނގެ ރުހިވޮޑި ނުގަންނަވައެވެ. ކަނޑައެޅިގެން އެމީހުން އެއީ ތެދުމަގުގައިވާމީހުންނެވެ.

  114. 49:8

    فَضْلًا مِّنَ ٱللَّهِ وَنِعْمَةً ۚ وَٱللَّهُ عَلِيمٌ حَكِيمٌ

    Faḍlam minal laahi wa-niʻmah; wallaahu ʹAleemun Ḥakeem.

    ﷲ ގެ حَضْرَةُ ންވާ فَضُلُ ވަންތަވެރި ކަމާއި އަދި ނިޢުމަތެއްގެ ގޮތުންނެވެ. އަދި الله އީ ދެނެވޮޑިގެންވާ އަދި حِكمة ވަންތަ ރަސްކަލާނގެއެވެ.

  115. 49:9

    وَإِن طَآئِفَتَانِ مِنَ ٱلْمُؤْمِنِينَ ٱقْتَتَلُوا۟ فَأَصْلِحُوا۟ بَيْنَهُمَا ۖ فَإِنۢ بَغَتْ إِحْدَىٰهُمَا عَلَى ٱلْأُخْرَىٰ فَقَـٰتِلُوا۟ ٱلَّتِى تَبْغِى حَتَّىٰ تَفِىٓءَ إِلَىٰٓ أَمْرِ ٱللَّهِ ۚ فَإِن فَآءَتْ فَأَصْلِحُوا۟ بَيْنَهُمَا بِٱلْعَدْلِ وَأَقْسِطُوٓا۟ ۖ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ

    Wa-ʹiñ ṭaaaʹifataani minal Muʹminee naq̣tataloo faʹaṣliḥoo baynahumaa: faʹim bag̣at ʹiḥdaahumaa ʻalal ʹukhraa faq̣aatilul latee tabg̣ee ḥattaa tafeeeʹa ʹilaaa ʹamril laah: faʹiñ faaaʹat faʹaṣliḥoo baynahumaa bilʻadli wa-ʹaq̣siṭoo: ʹinnal laaha yuḥibbul Muq̣siṭeen.

    އަދި މުއުމިނުންގެ ދެބައިގަޑެއް އެއްބަޔަކު އަނެއްބަޔަކަށް ހަނގުރާމަކޮށް ތަޅާފޮޅާ ކަމުގައި ވަންޏާ ކަލޭމެން (ދެންތިބި މުއުމިނުން) އެދެމެދު صُلْحَ ކުރުވާށެވެ. ހަމަޖައްސާށެވެ. އަދިއެދެބައިމީހުންކުރެ އެއްބަޔަކު بَغَاوَة ކޮށް އަނެއްބައިގަޑުގެ މައްޗަށް އަރައިގެންފިއްޔާ ފަހެ ކަލޭމެން (إصْلاحُ ކުރާމީހުން) އެމީހުން الله تَعَالى ގެ އަމުރުފުޅަށް (އެކަލާނގެ ޙުކުމް ފުޅަށް) ރުޖޫޢަ ވެއްޖައުމަށްދާންދެން އެ بَغَاوَة ކޮށް އަރައިގަތް ބަޔަކާއި ކަލޭމެން ހަނގުރާމަކުރާށެވެ. ދެންފަހެ އެމީހުން الله تَعَالى ގެ އަމުރުފުޅަށް (އެކަލާނގެ ޙުކުމް ފުޅަށް) رُجُوعَ ވެއްޖެއްޔާ ދެންކަލޭމެން އެދެބައިގަޑުދެމެދު إصْلاحُ ކުރާށެވެ. / ހަމަޖައްސާށެވެ، އަދި ކަލޭމެން ކަންކަމުގައި ސީދާކޮށް ޢަދުލުވެރިވާށެވެ. މިހެނީ ހަމަކަށަވަރުން ޢަދުލުވެރިވާމީހުންނަށް الله تَعَالى ލޯބިވެ ވޮޑިގަންނަވައެވެ.

  116. 49:10

    إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا۟ بَيْنَ أَخَوَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُرْحَمُونَ

    ʹInnamal Muʹminoona ʹIkhwatuñ faʹaṣliḥoo bayna ʹakhawaykum wattaq̣ul laaha laʻallakum turḥamoon.

    ހަމަކަށަވަރުން މުއުމިނުންނަކީ أَخُ ންނެވެ. (އެއްބަޑު އެއްބަފާމީހުން ފަދަބައެކެވެ.) ފަހެ ކަލޭމެން ކަލޭމެންގެ ދެ أَخُ ންގެ ދެމެދު إصْلاحُ ކުރާށެވެ. / ހަމަޖައްސާށެވެ، އަދި ކަލޭމެން الله އަށް ބިރުވެތިވާށެވެ. އެއީ ކަލޭމެންނަށް رَحْمَة ލައްވައިތޯ އެވެ.

  117. 49:11

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰٓ أَن يَكُونُوا۟ خَيْرًا مِّنْهُمْ وَلَا نِسَآءٌ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوٓا۟ أَنفُسَكُمْ وَلَا تَنَابَزُوا۟ بِٱلْأَلْقَـٰبِ ۖ بِئْسَ ٱلِٱسْمُ ٱلْفُسُوقُ بَعْدَ ٱلْإِيمَـٰنِ ۚ وَمَن لَّمْ يَتُبْ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ

    Yaaaʹayyuhal laẓeena ʹaamanoo la yaskhar q̣awmum miñ q̣awmin ʻasaaa ʹañy yakoonoo khayram minhum wa-laa nisaaaʹum min nisaaaʹin ʻasaaa ʹañy yakunna khayram minhunn: wa-laa talmizooo ʹañfusakum wa-laa tanaabazoo bilʹalq̣aab: biʹsal ismul fusooq̣u baʻdal ʹeemaan: wa-mal lam yatub faʹulaaaʹika humuz̤̣ z̤̣aalimoon.

    އޭއީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް މަލާމާތް ނުކުރާށެވެ. އެމީހުން (އެބަހީ މަލާމާތްލިބޭމީހުން) އަނެއް މީހުންނަށްވުރެ (އެބަހީ މަލާމާތްކުރާމީހުންނަށްވުރެ) ހެޔޮބަޔަކު ކަމުގައި ވެދާނެއެވެ. އަދި އަންހެނުންވެސް އަންހެނުންނާއި (މަލާމާތް ނުކުރާށެވެ.) އެކަނބަލުންވެދާނެއެވެ. (އެބަހީ މަލާމާތް ލިބޭމީހުން) މިކަނބަލުންނަށްވުރެ ހެޔޮކަމުގައި (އެބަހީ މަލާމާތްކުރާ މީހުންނަށްވުރެ ހެޔޮކަމުގައި) ވެދާނެއެވެ. އަދި ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް عَيْبُ ނުކިޔާށެވެ. އަދި ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް ހުތުރު ލަގަބު ނުކިޔާށެވެ. ހުތުރު ވަނަން ނުކިޔާށެވެ. އެއީ ފާސިޤު ކަމެކެވެ. އީމާންކަމަށްފަހު فَاسِقُ ނުބައި ނަންކިއުން ނުބައިވެގެންވެއެވެ. އަދި ތައުބާ ނުވެއްޖެބަޔަކު ދަންނައެ! ފަހެ ކަނޑައެޅިގެން އެމީހުން އެއީ އަނިޔާވެރިންނެވެ.

  118. 49:12

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ تَوَّابٌ رَّحِيمٌ

    Yaaaʹayyuhal laẓeena ʹaamanuj taniboo kas̤eeram minaz̤̣ z̤̣ann: ʹinna baʻḍaz̤̣ z̤̣anni ʹis̤muñw Walaa tajassasoo wa-laa yag̣tab baʻḍukum baʻḍaa. ʹA-yuḥibbu ʻaḥadukum ʹañy yaʹkula laḥma ʹakheehi maytañ fakarihtumooh? Wattaq̣ul laah: ʹinnal laaha Tawwaabur Raḥeem.

    އޭއީމާންވެއްޖެ މީސްތަކުންނޭވެ! ގިނަހީކުރުންތަކުން ކަލޭމެން ދުރުވެގަންނާށެވެ! ހަމަކަށަވަރުން ބައެއްހީ އެއީ ފާފައެކެވެ. އަދި ކަލޭމެން ޖާސޫސު ނުކުރާށެވެ! އަދި ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް غِيْبَ ނުކިޔާށެވެ! (މީހާނެތިސް އޭނާ ނުރުހޭވާހަކަ) ނުދައްކާށެވެ! ކަލޭމެންކުރެ އެކަކުވެސް ތިމާގެ އަޚުގެމަސް އޭނާ މަރުވެފައިވަނިކޮށް / މުޅަވެފައިވާ ޙާލު ކެއުމަށް ލޯބިކުރަމުހެއްޔެވެ؟ ފަހެ ކަލޭމެން އެކަމަށް ނުރުހޭނެއެވެ. (މީހާ ނެތްތާގައި އޭނާ ނުރުހޭ ވާހަކަ ދެއްކުމެކޭ އެމީހާމަރުވެފައިވަނިކޮށް އޭނާ ގެމަސްކެއުމެކޭ އެއްފަދައެވެ.) އަދި ކަލޭމެން الله އަށް ބިރުވެތިވާށެވެ! ހަމަކަށަވަރުން الله تَعَالى އީ ގިނަގިނައިން ތައުބާލައްވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  119. 49:13

    يَـٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَـٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَـٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ

    Yaaaʹayyuhan naasu ʹinnaa khalaq̣naakum miñ ẓakariñw waʹuñs̤aa wa-jaʻalnaakum shuʻoobañw waq̣abaaaʹila litaʻaarafoo. ʹInna ʹakramakum ʻiñdal laahi ʹatq̣aakum. ʹInnal laaha ʻAleemun Khabeer.

    އޭމީސްތަކުންނޭވެ! ހަމަކަށަވަރުން ފިރިހެނަކާއި އަންހެނެއްގެ ފަރާތުން (آدَم عَلَيهِ السَّلآم) އާއި سِتُّنَا حَوَّى ގެފާނުންގެ ފަރާތްޕުޅުން ތިމަންރަސްކަލާނގެ ކަލޭމެން ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެ ކަލޭމެން جَمَاعَة جَمَاعَة އަށާއި قِبِيْلَة قِبِيْلَة އަށް ލެއްވީމެވެ. އެއި ކަލޭމެން (އެކަކުއަނެކަކު) ދެނެގަތުމަށް ޓަކައެވެ. ހަމަކަށަވަރުން ކަލޭމެންކުރެ ﷲ ގެ حَضْرَةُ ގައި އެންމެ މާތްމީހަކީ ކަލޭމެންކުރެ އެންމެ تَقْوَى ވެރިމީހާއެވެ. ހަމަކަށަވަރުން الله އީ ދެނެވޮޑިގެންވާ خبر ކުރައްވާ ކަލާނގެއެވެ.

  120. 49:14

    ۞ قَالَتِ ٱلْأَعْرَابُ ءَامَنَّا ۖ قُل لَّمْ تُؤْمِنُوا۟ وَلَـٰكِن قُولُوٓا۟ أَسْلَمْنَا وَلَمَّا يَدْخُلِ ٱلْإِيمَـٰنُ فِى قُلُوبِكُمْ ۖ وَإِن تُطِيعُوا۟ ٱللَّهَ وَرَسُولَهُۥ لَا يَلِتْكُم مِّنْ أَعْمَـٰلِكُمْ شَيْـًٔا ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

    Q̣aalatil ʹAʻraabu ʹaamannaa. Q̣ul lam tuʹminoo wa-laakiñ q̣oolooo ʹaslamnaa wa-lammaa yadkhulil ʹeemaanu fee q̣uloobikum. Wa-ʹiñ tuṭeeʻul laaha wa-Rasoolahoo laa- yalitkum min ʹaʻmaalikum shayʹaa: ʹinnal laaha G̣afoorur Raḥeem.

    އަދި أعْرَابِى ންގެމީހުން ބުންޏެވެ. އަހުރެމެން އީމާން ވެއްޖައީމެވެ. (އޭ رَسُولُ الله އެވެ!) ކަލޭގެފާނުވިދާޅުވާށެވެ! އަދި ކަލޭމެންގެ ހިތްތަކަކަށް އީމާނެއްނުވެއެވެ. އަދިއެހެންނަވެސް އަހުރެމެން އިސްލާމު ވެއްޖައީމެވެ. މިހެން ކަލޭމެން ބުނާށެވެ. އަދި މިހާތަނަށް ކަލޭމެންގެ ހިތްތަކަކަށް އީމާންކަން ނުވްދެއެވެ. އަދި ކަލޭމެން الله އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވެއްޖެއްޔާ ކަލޭމެންގެ ޢަމަލުގެ ދަރުމައިން އެއްވެސް އެއްޗެއް ކަލޭމެންނަށް އުނިނުވާނެއެވެ. ހަމަކަށަވަރުން الله އީ ގިނަގިނައިން ފާފަ ފުއްސަވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  121. 49:15

    إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمْ يَرْتَابُوا۟ وَجَـٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ ۚ أُو۟لَـٰٓئِكَ هُمُ ٱلصَّـٰدِقُونَ

    ʹInnamal Muʹminoonal laẓeena ʹaamanoo billaahi wa-Rasoolihee s̤umma lam yartaaboo wa-jaahadoo biʹamwaalihim wa-ʹañfusihim fee Sabeelil laah: ʹulaaaʹika humuṣ Ṣaadiq̣oon.

    މުއުމިނުންކަމުގައި ވާކަން ކަށަވަރީ އެމީހުން الله އާއި އެކަލާނގެ ރަސޫލާއަށް އީމާންވީމީހުންނެވެ. ދެންއެމީހުން ޝައްކު ނުކުރާ މީހުންނެވެ. ދެން އަދި އެމީހުންގެ މުދަލާއި އެމީހުނގެ ނަފުސުތަކުން ﷲ ގެމަގުގައި އެމީހުން ޖިހާދުކޮށްހެދި މީހުންނެވެ. ކަނޑައެޅިގެން އެމީހުންއެއީ ތެދުވެރީންނެވެ.

  122. 49:16

    قُلْ أَتُعَلِّمُونَ ٱللَّهَ بِدِينِكُمْ وَٱللَّهُ يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ

    Q̣ul ʹatuʻallimoonal laaha bideenikum? Wallaahu yaʻlamu maa- fis samaawaati wa-maa fil arḍ: wallaahu bikulli shayʹin ʻAleem.

    (އޭ رَسُولُ الله އެވެ!) ކަލޭގެފާނުވިދާޅުވާށެވެ! ކަލޭމެން الله އަށް ކަލޭމެންގެ ދީން އުގަންނައި ދެނީ ހެއްޔެވެ؟ އަދި އުޑުތަކާއި އަދި ބިމުގައި ވާހާ ތަކެތި الله ދެނެވޮޑިގެންވެއެވެ. އަދި الله ހުރިހާއެއްޗެއް ދެނެވޮޑިގެންވެއެވެ.

  123. 49:17

    يَمُنُّونَ عَلَيْكَ أَنْ أَسْلَمُوا۟ ۖ قُل لَّا تَمُنُّوا۟ عَلَىَّ إِسْلَـٰمَكُم ۖ بَلِ ٱللَّهُ يَمُنُّ عَلَيْكُمْ أَنْ هَدَىٰكُمْ لِلْإِيمَـٰنِ إِن كُنتُمْ صَـٰدِقِينَ

    Yamunnoona ʻalayka ʹan ʹaslamoo. Q̣ul laa- tamunnoo ʻalayya ʹIslaamakum. Balil laahu yamunnu ʻalaykum ʹan hadaakum lil-ʹeemaani ʹiñ kuñtum ṣaadiq̣een.

    (އޭ رَسُولُ الله އެވެ!) އެމީހުން އިސްލާމު ވުން އެއީ އެމީހުން ކަލޭގެފާނަށް ކޮށްދިން ހެޔޮކަމެއްކަމުގައި އެމީހުން ދެކެނީހެއްޔެވެ؟ (އޭ رَسُولُ الله އެވެ!) ކަލޭގެފާނުވިދާޅުވާށެވެ. ކަލޭމެން ކަލޭމެންގެ އިސްލާވުން އެއީ ތިމަންކަލޭގެފާނަށް ކޮށްދިން ހެޔޮކަމެއްކަމުގައި ކަލޭމެން ނުދެކޭށެވެ. އަދިކިއެއްހެއްޔެވެ؟ الله ކަލޭމެންނަށް އީމާންކަމަށް ތެދުމަގު ދެއްކެވުން އެއީ އެކަލާނގެ ކަލޭމެންގެމައްޗަށް ދަރުމަވަންތަވެ ވޮޑިގެންނެވުމެވެ. (އެއީ އެކަލާނގެ ކަލޭމެނަށް ކޮށްދެއްވި ހެޔޮކަމެކެވެ.) ކަލޭމެންނަކީ ތެދުވެރިން ކަމުގައިވަންޏާ (ކަލޭމެން އެގޮތް ޤަބޫލުކުރާށެވެ.)

  124. 49:18

    إِنَّ ٱللَّهَ يَعْلَمُ غَيْبَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ بَصِيرٌۢ بِمَا تَعْمَلُونَ

    ʹInnal laaha yaʻlamu g̣aybas samaawaati wal-ʹarḍ: wallaahu baṣeerum bimaa taʻmaloon.

    ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާ غيب (ނުފެންނަތަކެތި) الله ދެނެވޮޑިގެންވެއެވެ. އަދި ކަލޭމެންކުރާކަންތަކަށް الله ބައްލަވާވޮޑިގެންވެއެވެ.

  125. Surah QafBegins here at 50:1

  126. 50:1

    قٓ ۚ وَٱلْقُرْءَانِ ٱلْمَجِيدِ

    Q̣AAAF: Wal-Q̣urʹaanil Majeed.

    ق: މިއަކުރުގެމާނައެއް އަދި މުރާދެއް މޮޅަށްދެނެވޮޑިގެންވަނީ ހަމަ الله އެވެ. މާތްވެގެންވާ މި قُرْآن ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވައެވެ. (ހަމަކަށަވަރުން مُحَمّدُ ގެފާނަކީ އަމާނާތްތެރި ވެގެންވާ ރަސޫލު ބޭކަލެކެވެ. ނުވަތަ ކަލޭމެން މަރުވުމަށްފަހު مَحْشَرُ އަށް ފޮނުވޭނެކަމީ ކަށަވަރުކަމެކެވެ. މިދެގޮތަށް މިހުވައިގެ ޖަވާބު މުފައްސިރުން ބަޔާންކުރައްވައެވެ.)

  127. 50:2

    بَلْ عَجِبُوٓا۟ أَن جَآءَهُم مُّنذِرٌ مِّنْهُمْ فَقَالَ ٱلْكَـٰفِرُونَ هَـٰذَا شَىْءٌ عَجِيبٌ

    Bal ʻajibooo ʹañ jaaaʹahum Muñẓirum minhum faq̣aalal kaafiroona haaẓaa shayʹun ʻajeeb!

    އަދިކިއެއް ހެއްޔެވެ. އެމީހުން އެބަހީ މައްކާގެ މުޝްރިކުން އެ ޢަޖާއިބުވީ އެމީހުނގެ ގާތަށް އެމީހުންގެތެރެއިން އިންޒާރުކުރައްވާ ބޭކަލަކު ވަޑައިގަތުމުންނެވެ. އެބޭކަލަކީ مُحَمّدُ ގެފާނެވެ. އެކާފަރުންބުނީ އެއީ ބޮޑު ޢަޖާއިބެއްކަމަށެވެ. (އެކަލޭގެފާނު އެދައްކަވާ ވާހަކައެއީ عَجَائِبُ ވާހަކައެކެވެ.)

  128. 50:3

    أَءِذَا مِتْنَا وَكُنَّا تُرَابًا ۖ ذَٰلِكَ رَجْعٌۢ بَعِيدٌ

    ʹA-ʹiẓaa mitnaa wa-kunnaa turaabaa? Ẓaalika Rajʻum baʻeed!

    އަޅެފަހެ އަހުރެމެން މަރުވުމަށްފަހު އަދި އަހުރެމެން ވެއްޔަށްވުމަށްފަހުގައި އަލުން އަހުރެމެން ދިރިގެން އަންނާނެ ހެއްޔެވެ؟ އެއީ ދުރުވެގެންވާ رُجُوعَ ވުމެކެވެ.

  129. 50:4

    قَدْ عَلِمْنَا مَا تَنقُصُ ٱلْأَرْضُ مِنْهُمْ ۖ وَعِندَنَا كِتَـٰبٌ حَفِيظٌۢ

    Q̣ad ʻalimnaa maa- tañq̣uṣul ʹarḍu minhum: wa-ʻiñdanaa Kitaabun Hafeez̤̣.

    ދެންފަހެ ކާފަރުންގެ އެބަހުގެ ޖަވާ الله އެދެއްވަނީ މިފަދައިންނެވެ. ހަމަކަށަވަރުން އެމީހުންގެ ކިބައިން ބިންގަނޑު މަދުކުރާތަކެތި އެބަހީ އެމީހުންގެ ހަށިތަކުން ވީރާނާވެގެންދާވަރާ ފީވެދާވަރު ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ތިމަން ރަސްކަލާނގެ حَضْرَةُ ގައި އެހުރިކަމެއްނޯޓު ކުރައްވައި ރައްކާތެރި ކުރައްވާފައިވާ ފޮތެއް ވެއެވެ.

  130. 50:5

    بَلْ كَذَّبُوا۟ بِٱلْحَقِّ لَمَّا جَآءَهُمْ فَهُمْ فِىٓ أَمْرٍ مَّرِيجٍ

    Bal kaẓẓaboo bil-Ḥaq̣q̣i lammaa jaaaʹahum fahum feee ʹamrim mareej.

    އަދި ކިއެއްހެއްޔެވެ؟ އެމީހުންގެ ގާތަށް حَقُّ އައިހިދުން އެމީހުން حَقُّ ދޮގުކުރީ އެވެ. (އެބަހީ އެމީހުންގެ ގާތަށް حَقُّ ކަމުގައިވާ قُرْآن އައިހިދުން އެމީހުން އެއްވެސް ފިކުރެއްބެލުމެއްނެތި ދޮގުކުރީއެވެ.) ފަހެ އެމީހުންވަނީ އެ قُرْآن އާއި މެދު އެކަތި އަނެކެއްޗަށް މައްސުނި ކުރެވިގެންވާ އޮޅުން ބޮޅުމެއްގެ ތެރޭގައެވެ. (އެއްބަޔަކު ބުނީ އެއީ ސިޙުރެއްކަމަށެވެ. އަނެއްބަޔަކުބުނީ އިސްވެދިޔަމީހުންގެ ދޮގުވާހަކަތަކެއްކަމަށެވެ. އަދި އަނެއްބަޔަކުބުނީ އެއީ ކަހާނަތެއްކަމަށެވެ. ދެންމިހެންގޮސް ތަފާތު އެތައްވާހަކައެކެވެ.)

  131. 50:6

    أَفَلَمْ يَنظُرُوٓا۟ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَـٰهَا وَزَيَّنَّـٰهَا وَمَا لَهَا مِن فُرُوجٍ

    ʹAfalam yañz̤̣urooo ʹilas samaaaʹi fawq̣ahum kayfa banaynaahaa wa-zayyannaahaa wa-maa lahaa miñ furooj?

    އެމީހުންގެ މަތީގައިވާ އުޑަށް އެމީހުންފަހެ ނުބަލަނީ ހެއްޔެވެ؟ ތިމަންރަސްކަލާނގެ އެއުޑު ހައްދަވާފައި ވަނީ ކޮންފަދައަކުންކަން އަދި ތިމަންރަސްކަލާނގެ އެއުޑު ޒީނަތްތެރި ކުރައްވާފައިވަނީ ކިހިނެއްކަމާއި މެދު އެމީހުން ވިސްނާ ނުހަދަނީ ބާވައެވެ؟ އަދި އެއަކަށް އެއްވެސް ރެދެއް / ފެޅުމެއް ނުވެއެވެ. ބާކޮޅެއް ނުވެއެވެ.

  132. 50:7

    وَٱلْأَرْضَ مَدَدْنَـٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ زَوْجٍۭ بَهِيجٍ

    Wal-ʹarḍa madadnaahaa wa-ʹalq̣aynaa feehaa rawaasiya wa-ʹambatnaa feehaa miñ kulli zawjim baheej,―

    އަދި ބިންގަނޑު (ދަންނައެވެ. އެބިންގަނޑު ތިމަންރަސްކަލާނގެ ދަންމަވާ ފެތުރުއްވީމެވެ. އަދި ތިމަން ރަސްކަލާނގެ އޭގައި ފަރުބަދަތައް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އޭގައި ރިވެތި އަދި ފުރިހަމަ ކޮންމެބާވަތަކުންވެސް ޖޯޑު ޖޯޑު ގެ ފަތްޕިލާވެލި ފެޅުއްވީމެވެ.

  133. 50:8

    تَبْصِرَةً وَذِكْرَىٰ لِكُلِّ عَبْدٍ مُّنِيبٍ

    Tabṣiratañw Waẓikraa likulli ʻabdim muneeb.

    އެކަންތައްތައް އެހެން އެލެއްވީ الله އަށް ތައުބާވެ ރުޖޫޢަވާ ކޮންމެ އަޅަކު ވިސްނާ ފިކުރުކޮށް އަދި وَعْظُ نَصٍيْحَة ލިބިގަތުމަށްޓަކައެވެ.

  134. 50:9

    وَنَزَّلْنَا مِنَ ٱلسَّمَآءِ مَآءً مُّبَـٰرَكًا فَأَنۢبَتْنَا بِهِۦ جَنَّـٰتٍ وَحَبَّ ٱلْحَصِيدِ

    Wa-nazzalnaa minas samaaaʹi maaaʹam mubaarakañ faʹambatnaa bihee jannatiñw waḥabbal ḥaṣeed;

    އަދި ތިމަންރަސްކަލާނގެ އުޑުން = ބަރަކާތްތެރި ފެނެއް ވެއްސެވީމެވެ. އެފެނުން ބަގީޗާތަކާއި އަދި ގޮވާމުގެ ގޮތުގައި ކެޑެވޭ އޮއްޓަރުވެސް ތިމަންރަސްކަލާނގެ ފަޅުއްވަމެވެ.

  135. 50:10

    وَٱلنَّخْلَ بَاسِقَـٰتٍ لَّهَا طَلْعٌ نَّضِيدٌ

    Wannakhla baasiq̣aatil lahaa ṭalʻun naḍeed;―

    އަދި މޭވާ އަޅާ ދިގު ކަދުރު ރުއްތަކާއި އެކަތިމައްޗަށް އަނެކަތި އަރާ ފުރިބާރުވެފައިވާ މޭވާގެ އެއްތައް އެއަށްވާ އެރުއްތައް ތިމަންރަސްކަލާނގެ އެފެނުން ފެޅުއްވީމެވެ.

  136. 50:11

    رِّزْقًا لِّلْعِبَادِ ۖ وَأَحْيَيْنَا بِهِۦ بَلْدَةً مَّيْتًا ۚ كَذَٰلِكَ ٱلْخُرُوجُ

    Rizq̣al lilʻibaadi wa-ʹaḥyaynaa bihee baldatam maytaa. Kaẓaalikal khurooj.

    އެއީ އަޅުތަކުންނަށްވާ ރިޒުގެއްގެ ގޮތުންނެވެ. އަދި އެފެނުން މަރުވެ ހަނަފަސްވެފައިވާ ރަށް ރަށް ތިމަންރަސްކަލާނގެ ދިރުއްވަމެވެ. މީސްތަކުން ނުކުތުންވަނީ އެފަދައިންނެވެ. (އެބަހީ مَحْشَرُ އަށް ދިއުމަށްޓަކައި ކަށްވަޅުތަކުންމީސްތަކުން ނުކުންނާނީ ވާރޭވެހުނީމާ ބިމުންގަސްތައް ފަޅައިގެން ނުކުމެގަންނަގޮތަށެވެ. އެފަދައިންނެވެ.\nދަންނައެވެ. އުޑު އެއްވެސް ތަނބަކާއިނުލައި އުފުއްލަވައި އެހާރީތިކޮށް ވަރުގަދަކޮށް ޒީނަތްތެރިކޮށް ހައްދަވައި އަދި ބިންގަނޑު ފަތުރުއްވައި ތަނަވަސްކުރައްވައި ގަސްގަހާގެހީގެ ނިޢުމަތުންފުރުއްވައި މަތިންވާރޭ ވެއްސަވައި އަދިމިނޫންވެސް މިބޮޑު ކާއިނާތުގެގެ އެންމެހައި ތަކެތި ހައްދަވައި މިފުރިހަމަ ނިޒާމުގެމަތިން ހިންގަވާ ކަލަކަށް މީސްތަކުން މަރުވުމަށްފަހު ދެވަނަފަހަރަށް ދިރުއްވާ مَحْشَرُ ކުރެއްވުން އެއްވެސްގޮތަކުން ދަތިނުވާނޭކަން ކޮންމެ ސަލާމަތް ބުއްދިއްކަށް އެނގޭނެއެވެ.

  137. 50:12

    كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَأَصْحَـٰبُ ٱلرَّسِّ وَثَمُودُ

    Kaẓẓabat q̣ablahum Q̣awmu Nooḥiñw waʹAṣḥaabur Rassi wa-S̤amood,

    އަދި އެމީހުންގެކުރީގައި އެބަހީ قُرَيْش ންގެކުރީގައި نُوحُ عَليهِ السلام ގެ ޤައުމުގެމީހުން އަދިأُخْدُوْدُ އެވެ ކިއުނު ވަޅުގަޑުގެ އެކުވެރިންނާއި އަދި صَالِحُ عَليهِ السلام ގެ ޤައުމުގެމީހުންނާއި

  138. 50:13

    وَعَادٌ وَفِرْعَوْنُ وَإِخْوَٰنُ لُوطٍ

    Wa-ʻAaduñw Wa-Firʻawnu wa-ʹIkhwaanu Looṭ

    އަދި عَاد ބާގައިގެ މީހުންނާއި އަދި فِرْعَوْن އާއި އަދި لُوط ގެފާނުންގެ أَخُ ންވެސް (ރަސޫލުން ދޮގުކުރިއެވެ.)

  139. 50:14

    وَأَصْحَـٰبُ ٱلْأَيْكَةِ وَقَوْمُ تُبَّعٍ ۚ كُلٌّ كَذَّبَ ٱلرُّسُلَ فَحَقَّ وَعِيدِ

    Wa-ʹAṣḥaabul ʹaykati wa-Q̣awmu Tubbaʻ; kulluñ kaẓẓabar rusula faḥaq̣q̣a Waʻeed.

    އަދި أيكة އެވެކިއުނު ރަށުގެމީހުންނާއި (އެއީ شُعَيْبُ عَليهِ السلام ފޮނުއްވުނު ޤައުމެކެވެ.) އަދި تبّع ގެ މީހުންނާއި މިހުރިހާމީހުން ރަސޫލުން ދޮގުކުރީ އެވެ. ދެން ފަހެ އެމީހުންނަށް ކޯފާއާއި ބިރުވެރިކަމުގެ ބަސްފުޅު حَقُّ ވީއެވެ. ދަންނައެވެ. تُبَّعُ އަކީ يَمَنُ ކަރައިގެ قَبِيْلَة އެކެވެ.

  140. 50:15

    أَفَعَيِينَا بِٱلْخَلْقِ ٱلْأَوَّلِ ۚ بَلْ هُمْ فِى لَبْسٍ مِّنْ خَلْقٍ جَدِيدٍ

    ʹAfaʻayeenaa bilkhalq̣il ʹawwal: bal hum fee labsim min khalq̣iñ jadeed?

    އަޅެފަހެ ފުރަތަމަ ހެއްދެވުމަށް ތިމަންރަސްކަލާނގެ ވަރުބަލިވީހެއްޔެވެ؟ ނުވަތަ ނުކުޅެދިވޮޑިގެން ނެވީ ހެއްޔެވެ؟ އަދި ކިއެއްހެއްޔެވެ؟ އެހެންނޫނެވެ. އެމީހުން އެވަނީ ދެވަނަފަހަރަށް ހެއްދެވުމާއިމެދު އޮޅުމެއްގެ ތެރޭގައެވެ.

  141. 50:16

    وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ وَنَعْلَمُ مَا تُوَسْوِسُ بِهِۦ نَفْسُهُۥ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ ٱلْوَرِيدِ

    Wa-laq̣ad khalaq̣nal ʹiñsaana Wanaʻlamu maa- tuwaswisu bihee nafsuh: wa-Naḥnu ʹaq̣rabu ʹilayhi min ḥablil wareed.

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެ ދެނެވޮޑިގެން ވަމެވެ. އޭނާގެ ނަފުސުގެތެރެއަށް ވަދެނުކުމެވާ އެންމެހައި ޚިޔާލުތަކާއި ކަންތައްތަކެއް އަދި ތިމަންރަސްކަލާނގެ އޭނާގެ ކަނދުރާގައިވާ ނާރަށްވުރެވެސް އޭނާޔާއި ގާތްވެގެންވެއެވެ.

  142. 50:17

    إِذْ يَتَلَقَّى ٱلْمُتَلَقِّيَانِ عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ قَعِيدٌ

    ʹIẓ yatalaq̣q̣al mutalaq̣q̣iyaani ʻanil yameeni wa-ʻanish shimaali q̣aʻeed.

    ދެމަލާއިކަތްބޭކަލުން އޭނާޔާއި ބައްދަލުކުރާހިނދު (ހަނދުމަފުޅު ކުރައްވާށެވެ.) އެދެބޭކަލުން އޭނާގެ ކަނާތްފަރާތާއި ވައަތްފަރާތުން އިށީދެވަޑައިގެން / އިންތިޒާރުގައި ތިއްބަވާނެއެވެ.

  143. 50:18

    مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ

    Maa- yalfiz̤̣u miñ q̣awlin ʹillaa ladayhi raq̣eebun ʻateed.

    އޭނާބުނާ ބަހުގެތެރެއިން އެއް لَفْظُ އެއްވެސް رَقِيبٌ އާއި عَتِيد އެވެ ކިއުނު ދެމަލާއިކަތްބޭކަލުން ނުލިއުއްވައިދޫނުކުރައްވައެވެ.

  144. 50:19

    وَجَآءَتْ سَكْرَةُ ٱلْمَوْتِ بِٱلْحَقِّ ۖ ذَٰلِكَ مَا كُنتَ مِنْهُ تَحِيدُ

    Wa-jaaaʹat sakratul mawṭi bilḥaq̣q̣: ẓaalika maa- kuñta minhu taḥeed!

    އަދި މަރުގެ އުދަގޫތައް (މަރުގެ ސަކަރާތް) އޭނާއަށް ހަމަ حَقُّ ގޮތުގައި އަންނަހުއްޓެވެ. (އޭނާއަށް އެންގެވޭނެއެވެ.) އެއީ (އެމަރަކީ) ކަލޭ އެޔާއިދުރަށް ދިޔައެއްޗެވެ.

  145. 50:20

    وَنُفِخَ فِى ٱلصُّورِ ۚ ذَٰلِكَ يَوْمُ ٱلْوَعِيدِ

    Wa-nufikha fiṣ Ṣoor: ẓaalika Yawmul Waʻeed.

    އަދި ތާޅަފިފުމެލެވިއްޖެއްޔާއި ދެން އެއީ وَعِيْدُ ގެ ދުވަހެވެ. (ކޯފާއާއި عَذَابُ ގެ ދުވަހެވެ.)

  146. 50:21

    وَجَآءَتْ كُلُّ نَفْسٍ مَّعَهَا سَآئِقٌ وَشَهِيدٌ

    Wa-jaaaʹat kullu nafsim maʻahaa saaaʹiq̣uñw washaheed.

    އަދި ކޮންމެ ނަފުސެއް އަންނައިރު އެނަފުސަކާއި އެކު އޭނާ مَحْشَرُ އަށް ގެންދާނެ ބޭކަލަކާއި ހެކިދެއްވާނޭ ބޭކަލަކާއި ވާހުއްޓެވެ.

  147. 50:22

    لَّقَدْ كُنتَ فِى غَفْلَةٍ مِّنْ هَـٰذَا فَكَشَفْنَا عَنكَ غِطَآءَكَ فَبَصَرُكَ ٱلْيَوْمَ حَدِيدٌ

    Laq̣ad kuñta fee g̣aflatim min haaẓaa fakashafnaa ʻañka g̣iṭaaaʹaka fabaṣarukal Yawma ḥadeed!

    (އޭ އިންސާނާއެވެ.) ހަމަކަށަވަރުން ކަލޭ ދުނިޔޭގައި އުޅުނުއިރު މިކަމާއިމެދު އެބަހީ مَحْشَرُ ކުރެއްވުމާއި މެދު غَافِلُ ވެގެން ވީމުއެވެ. ދެންފަހެ ތިމަންރަސްކަލާނގެ ކަލޭނިވައި ކޮށްފައިވާ ހުރަސް ނަންގަވާ ކަޝްފު ކުރެއްވީމެވެ. ފަހެމިއަދު ކަލޭގެ ދެލޯ ތޫނެވެ. (ހުރިހާ އެއްޗެއް ސާފުކޮށް ފެންނާނެއެވެ.)

  148. 50:23

    وَقَالَ قَرِينُهُۥ هَـٰذَا مَا لَدَىَّ عَتِيدٌ

    Wa-q̣aala Q̣areenuhoo haaẓaa maa- ladayya ʻateed!

    އަދި އޭނާގެ قَرِيْنُ (އޭނާޔާއި ހަވާލުވެފައިވާ މަލާއިކަތާ) ވިދާޅުވާނެއެވެ. މިއީ މިއަޅާއާއި އެކުވާތަކެއްޗެވެ. (އެއީ އެއިންސާނާއާއި އޭނާގެ ޢަމަލުގެފަތެވެ.) حَاضِرُ ވެގެންމިވަނީއެވެ.

  149. 50:24

    أَلْقِيَا فِى جَهَنَّمَ كُلَّ كَفَّارٍ عَنِيدٍ

    ʹAlq̣iyaa fee Jahannama kulla kaffaarin ʻaneed,

    (އެ ދެމަލާއިކަތްބޭކަލުންނަށް އަންގަވާނެއެވެ.) ކާފަރުވުންބޮޑު ނުކިޔަމަންތެރި / އަނިޔާވެރި ކޮންމެ މީހެއް ނަރަކައަށް އެއްލައިލާށެވެ.

  150. 50:25

    مَّنَّاعٍ لِّلْخَيْرِ مُعْتَدٍ مُّرِيبٍ

    Mannaaʻil lilkhayri muʻtadim mureeb;

    ހެޔޮކަންތައްމަނާކުރުންބޮޑު އެއްކައުވަންތަކަން ޤަބޫލު ނުކުރާ حَقُّ ކަންކަމަށް ޝައްކު ކުރާ ކޮންމެމީހެކެވެ. ނަރަކައަށް އެއްލައިލާށެވެ.

  151. 50:26

    ٱلَّذِى جَعَلَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَأَلْقِيَاهُ فِى ٱلْعَذَابِ ٱلشَّدِيدِ

    ʹAllaẓee jaʻala maʻal laahi ʹilaahan ʹaakhara faʹalq̣iyaahu fil ʻAẓaabish shadeed.

    އޭނާ الله އާއި އެކު އެހެން އިލާހެއް ލައި ހަމަޖައްސާ ޝަރީކު ކުރީއެވެ. އެހެންވެ ތިޔައިގެ ދެމަލާއިކަތުން އޭނާ ގަދަވެގެންވާ ޢަޒާބަށް އެއްލައިލާށެވެ.

  152. 50:27

    ۞ قَالَ قَرِينُهُۥ رَبَّنَا مَآ أَطْغَيْتُهُۥ وَلَـٰكِن كَانَ فِى ضَلَـٰلٍۭ بَعِيدٍ

    Q̣aala Q̣areenuhoo Rabbanaa maaa ʹaṭg̣aytuhoo wa-laakiñ kaana fee ḍalaalim baʻeed.

    އޭނާގެ قَرِيْنُ އެބަހީ (އޭނާޔާއި ގުޅިފައިވާ شَيْطَانُ އާ) ދަންނަވާނެއެވެ. އޭއަޅަމެންގެ رَبُّ އެވެ. މިއަޅާ އޭނާ މަގު ނުފުރައްދަމެވެ. އަދިއެހެންނަމަވެސް އޭނާވީ ދުރުވެގެންވާ މަގުފުރެދުމެއްގައެވެ.

  153. 50:28

    قَالَ لَا تَخْتَصِمُوا۟ لَدَىَّ وَقَدْ قَدَّمْتُ إِلَيْكُم بِٱلْوَعِيدِ

    Q̣aala laa- takhtaṣimoo ladayya wa-q̣ad q̣addamtu ʹilaykum̃ bilwaʻeed.

    ކަލޭމެން ތިމަންރަސްކަލާނގެ حَضْرَةُ ގައި އަރައިރުން ނުވާށެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ކަލޭމެނަށް އިސްވެ ނިންމަވާފަ އިވަނީ وَعِيْدُ އެވެ. އެބަހީ ކޯފާއާއި عَذَابُ އެވެ.

  154. 50:29

    مَا يُبَدَّلُ ٱلْقَوْلُ لَدَىَّ وَمَآ أَنَا۠ بِظَلَّـٰمٍ لِّلْعَبِيدِ

    Maa- yubaddalul Q̣awlu ladayya wa-maaa ʹana biz̤̣al-laamil lilʻAbeed.

    ތިމަންރަސްކަލާނގެ حَضْرَةُ ގައި ބަސްބަދަލު ނުވެވޭހުއްޓެވެ. އަދި ތިމަން ރަސްކަލާނގެއީ އަޅުތަކުންނަށް އަނިޔާ ކުރައްވާ ކަލަކު ކަމުގައި ނުވެއެވެ

  155. 50:30

    يَوْمَ نَقُولُ لِجَهَنَّمَ هَلِ ٱمْتَلَأْتِ وَتَقُولُ هَلْ مِن مَّزِيدٍ

    Yawma naq̣oolu li-Jahannama halim talaʹti wa-taq̣oolu hal mim mazeed?

    ނަރަކައަށް ތިމަން ރަސްކަލާނގެ وَحِي ކުރައްވާ ދުވަސް (ހަނދުމަފުޅު ކުރައްވާށެވެ.) وَحِي ކުރައްވާ ހުށީމެވެ. ތިބާ ފުރިއްޖެ ހެއްޔެވެ؟ އަދި އޭތި ދަންނަވާނެއެވެ. އަދި އިތުރަށް ވޭތޯއެވެ؟ (އިތުރަށް ހުރިއްޔާ އިތުރަށްވެސް ދެއްވާށެވެ.)

  156. 50:31

    وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ

    Wa-ʹuzlifatil Jannatu lil-Muttaq̣eena g̣ayra baʻeed.

    އަދި تَقْوَى ވެރިންނަށް ޓަކައި ދުރުނޫން ހިސާބަކަށް ސުވަރުގެ ގާތްކުރެވޭ ހުއްޓެވެ.

  157. 50:32

    هَـٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٍ

    Haaẓaa maa- tooʻadoona likulli ʹawwaabin ḥafeez̤̣,―

    (އަދި އެންގެވޭނެއެވެ.) މިއީ ﷲ ގެ حَضْرَةُ އަށް تَوْبَة ވެ رُجُوع ވާ ކޮންމެ އަޅަކަށް وَعْدُ ވެވިފައިވާ ތަނެވެ. އަދި އެމީހަކު ﷲ ގެ އަމުފުޅުތަކަށް ރައްކާތެރިވެ ފާފަތަކާއި ދުރުވެގެންވާ ކޮންމެމީހެކެވެ.

  158. 50:33

    مَّنْ خَشِىَ ٱلرَّحْمَـٰنَ بِٱلْغَيْبِ وَجَآءَ بِقَلْبٍ مُّنِيبٍ

    Man khashiyar Raḥmaana bilg̣aybi wa-jaaaʹa biq̣albim muneeb:

    އަދިއެމީހަކު غَيْبُ ގައި ވޮޑިގެންވާ رَحْمنُ ވަންތަ ކަލާނގެއްށް ބިރުވެތި ވެ އަދި ސަލާމަތްވެގެންވާ ހިތަކާއިގެން އެމީހަކު ﷲ ގެ حَضْرَةُ އަށް އައި މީހުންނަށެވެ. (އެމީހުންނަށް އެންގެވޭނެއެވެ.)

  159. 50:34

    ٱدْخُلُوهَا بِسَلَـٰمٍ ۖ ذَٰلِكَ يَوْمُ ٱلْخُلُودِ

    ʹUdkhuloohaa bi-Salaam; ẓaalika Yawmul Khulood!

    އެމީހުންނަށް އެންގެވޭނެއެވެ.) ސަލާމަތްކަމާއި އެކު ކަލޭމެން އެސުވަރުގެއަށް ކަލޭމެން ވަންނާށެވެ. އަދިއެއީ މަރުވުމެއްނެތި ދެމި ތިބޭނޭ ދުވަހެވެ.

  160. 50:35

    لَهُم مَّا يَشَآءُونَ فِيهَا وَلَدَيْنَا مَزِيدٌ

    Lahum maa yashaaaʹoona feehaa wa-Ladaynaa mazeed.

    އެތާގައި އެމީހުން އެދޭހާ އެއްޗެއް އެމީހުންނަށް ހުންނަ ހުއްޓެވެ. އަދި ތިމަންރަސްކަލާނގެ حَضْرَةُ ގައި އިތުރަށްވެއެވެ. އިތުރު ނިޢުމަތަތައްވެއެވެ.

  161. 50:36

    وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَشَدُّ مِنْهُم بَطْشًا فَنَقَّبُوا۟ فِى ٱلْبِلَـٰدِ هَلْ مِن مَّحِيصٍ

    Wa-kam ʹahlaknaa q̣ablahum miñ q̣arnin hum ʹashaddu minhum baṭshañ fanaq̣q̣aboo fil bilaad? Hal mim maḥeeṣ?

    އަދި އެމީހުންގެ ކުރިން (މައްކާގެ މީހުންގެ ކުރިން) އުއްމަތްތަކުގެ ތެރެއިން ކިތައްކިތައް އުއްމަތް ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީން ހެއްޔެވެ؟ (އެބަހީ ވަރަށް ގިނައިން ހަލާކު ކުރެއްވީމެވެ.) އެމީހުން މިމީހުނަށްވުރެ ބާރުގެ ގޮތުން މާގަދަފަދައެވެ. ފަހެ އެމީހުން ރަށް ރަށަށްދަތުރު ފަތުރުކޮށް ހޯދާ ބެލިއެވެ. އެމީހުންނަށް ފަހެ (އެކަލާނގެ ޢަޒާބުން) ސަލާމަތްވާނެ ތަނެއްފެނުނުބާވައެވެ؟ (ނުފެންނާނެއެވެ.)

  162. 50:37

    إِنَّ فِى ذَٰلِكَ لَذِكْرَىٰ لِمَن كَانَ لَهُۥ قَلْبٌ أَوْ أَلْقَى ٱلسَّمْعَ وَهُوَ شَهِيدٌ

    ʹInna fee ẓaalika la-Ẓikraa limañ kaana lahoo q̣albun ʹaw ʹalq̣as samʻa wa-huwa shaheed.

    ހަމަކަށަވަރުން އެކަންކަމުގައި (ހެޔޮނުބައި ވަކިކުރަން އެގޭ) ހިތެއްވާ ކޮންމެ މީހަކަށް ނުވަތަ އޭނާ ހިތް حَاضِرُ ކޮށްގެންވާ ޙާލު ރަނގަޅަށް ކަނުލައި އަހައިފި ކޮންމެމެމީހަކަށް ކަނޑައެޅިގެން عِبْرَةُ އާއި وَعْظُ نَصِيْحَة ވެއެވެ.

  163. 50:38

    وَلَقَدْ خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ وَمَا مَسَّنَا مِن لُّغُوبٍ

    Wa-laq̣ad khalaq̣nas samaawaati wal-ʹarḍa wa-maa baynahumaa fee Sittati ʹAyyaam; wa-maa massanaa mil lug̣oob.

    އަދި ހަމަކަށަވަރުން އުޑުތަކާއިބިމާއި އަދި އެދެމެދުވާހާތަކެއްޗާއި ހަދުވަހެއްގެ ތެރޭގައި ތިމަންރަސްކަލާނގެ ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެއަށް އެއްވެސް ވަރުބަލިކަމެއް ނުޖެހެއެވެ.

  164. 50:39

    فَٱصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ ٱلشَّمْسِ وَقَبْلَ ٱلْغُرُوبِ

    Faṣbir ʻalaa maa- yaq̣ooloona wa-sabbiḥ bi-Ḥamdi Rabbika q̣abla ṭulooʻish shamsi wa-q̣ablal g̣uroob,―

    ފަހެ އެމީހުން އެބުނާ ބަސްތަކަށް ކަލޭގެފާނު ކެތްތެރިވެ ވަޑައި ގަންނަވާށެވެ. އަދި އިރު އެރުމުގެ ކުރިން ނާއި އަދި އިރު އޮއްސުމުގެ ކުރިން ކަލޭގެފާނުންގެ رَبُّ އަށް حَمْدُ ކުރުމާއި އެކު تَسْبِيْحَ ވިދާޅުވާށެވެ

  165. 50:40

    وَمِنَ ٱلَّيْلِ فَسَبِّحْهُ وَأَدْبَـٰرَ ٱلسُّجُودِ

    Wa-minal layli fasabbiḥhu wa-ʹadbaaras sujood.

    އަދި ރޭގަޑުގެ ވަގުތު ގައްޔާއި ސަޖިދަ ކުރެއްވުމުގެ ފަހުގައްޔާއި ވެސް އެކަލާނގެއަށް تَسْبِيْحَ ވިދާޅުވާށެވެ.

  166. 50:41

    وَٱسْتَمِعْ يَوْمَ يُنَادِ ٱلْمُنَادِ مِن مَّكَانٍ قَرِيبٍ

    Wastamiʻ Yawma yunaadil Munaadi mim makaaniñ q̣areeb,―

    އަދި ދާދި ގާތް ހިސާބަކުން ގޮވައިލައްވާ ކަލޭގެފާނު ގޮވައިލައްވާ ދުވަހުގެ އަޑު އައްސަވާށެވެ.

  167. 50:42

    يَوْمَ يَسْمَعُونَ ٱلصَّيْحَةَ بِٱلْحَقِّ ۚ ذَٰلِكَ يَوْمُ ٱلْخُرُوجِ

    Yawma yasmaʻoonaṣ Ṣay-ḥata bilḥaq̣q̣: ẓaalika Yawmul Khurooj.

    حَقُّ ގޮތުގައި ތާޅަފިލީގެ އަޑު އެމީހުން އަހާދުވަސް އެއީ (ކަށްވަޅުތަކުން) ނުކުންނަ ދުވަހެވެ. (އެއީ قِيَامَة ދުވަހުން މީސްތަކުން مَحْشَرُ ގެ މައިދާނަށް ޖަމާކުރެއްވުމަށްޓަކައި إسْرَافِيْلُ ގެފާނުން ގޮވައި ލައްވާ ތާޅަފިލި ފުންމަވާ ލެއްވުމެވެ.

  168. 50:43

    إِنَّا نَحْنُ نُحْىِۦ وَنُمِيتُ وَإِلَيْنَا ٱلْمَصِيرُ

    ʹInnaa Naḥnu nuḥyee wa-numeetu wa-ʹilaynal Maṣeer!

    ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތަކެތި ދިރުއްވާ މަރުއްވަމެވެ. އަދި އެހުރިހާތަކެތި އެނބުރި އައުންވަނީ ހަމަ ތިމަންރަސްކަލާނގެ حَضْرَةُ އަށެވެ.

  169. 50:44

    يَوْمَ تَشَقَّقُ ٱلْأَرْضُ عَنْهُمْ سِرَاعًا ۚ ذَٰلِكَ حَشْرٌ عَلَيْنَا يَسِيرٌ

    Yawma tashaq̣q̣aq̣ul ʹarḍu ʻanhum siraaʻaa: ẓaalika ḥashrun ʻalaynaa yaseer.

    އެމީހުން ފިޔަވައި އަވަސްއަވަހަށް ބިންގަނޑު ފަޅަ ފަޅައިގެންދާދުވަސް (ހަނދުމަފުޅު ކުރައްވާށެވެ.) އެއީ މީސްތަކުން ކަށްވަޅު ތަކުން ނުކުމެގެން ގޮވާބޭކަލެއްގެ ގޮވުމަށް މީސްތަކުންދާނެއެވެ. އެއީ އެއްކުރެއްވު މަށެވެ. مَحْشَرُ ކުރެއްވުމަށެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދި ފަސޭހަކަމެކެވެ.

  170. 50:45

    نَّحْنُ أَعْلَمُ بِمَا يَقُولُونَ ۖ وَمَآ أَنتَ عَلَيْهِم بِجَبَّارٍ ۖ فَذَكِّرْ بِٱلْقُرْءَانِ مَن يَخَافُ وَعِيدِ

    Naḥnu ʹaʻlamu bimaa yaq̣ooloona wa-maaa ʹañta ʻalayhim̃ bijabbaar. Faẓakkir bil-Q̣urʹaani mañy yakhaafu Waʻeed!

    އެމީހުން އެބުނާތަކެތި ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. (އެބަހީ މަރުވުމަށްފަހު އަލުންދިރުއްވުމާއި مَحْشَرُ ކުރެއްވުމާއި ހިސާބު ބެއްލެވުމާއި ދެންވެސް އެބާވަތުގެ ކަންތައްދޮގު ކުރާމީހުން އެބުނާ ތަކެތި ތިމަން ރަސްކަލާނގެ އައްސަވާވޮޑިގެންވެއެވެ. އަދި ކަލޭގެފާނު އެމީހުންގެމައްޗަށް ގަދަހައްދަވާ ހަރުކަށި ބޭކަލަކު ކަމުގައި ވެވަޑައި ނުގަންނަވައެވެ. (ކަލޭގެފާނަށް އޮތީ ހަމަ އިއްވައިދިނުމެވެ.) ފަހެ ތިމަންރަސްކަލާނގެ وَعِيد އަށް (ކޯފާއަށް) ބިރުވެތިވާ މީހަކަށް قُرْآنُ ން وَعْظُ نَصِيْحَة ދެއްވާށެވެ.

  171. Surah Adh-DhariyatBegins here at 51:1

  172. 51:1

    وَٱلذَّٰرِيَـٰتِ ذَرْوًا

    Waẓ-Ẓaariyaati ẓarwaa.

    ވެއްޔާއި، ހިރަފުހާއި، އެބާވަތުގެ ލުއި ތަކެތި ބުރުއްސައިލާ ވައި ގަންދެއްވައި الله تعالى ހުވައި وحِى ކުރައްވައެވެ.

  173. 51:2

    فَٱلْحَـٰمِلَـٰتِ وِقْرًا

    Falḥaamilaati wiq̣raa.

    އަދި ފެނުން ބަރުވެގެންވާ ވިލާތައް ގަންދެއްވައި الله تعالى ހުވައި وحِى ކުރައްވައެވެ.

  174. 51:3

    فَٱلْجَـٰرِيَـٰتِ يُسْرًا

    Faljaariyaati yusraa.

    އަދި ކަނޑުމަތީގައި ފަސޭހަކަމާއެކު ދުވެފައިދާ ނައުދޯގު (އުޅަނދު) ގަންދެއްވައި الله تعالى ހުވައި وحِى ކުރައްވައެވެ.

  175. 51:4

    فَٱلْمُقَسِّمَـٰتِ أَمْرًا

    Falmuq̣assimaati ʹAmraa.

    އަދި އެބޭކަލުންގެ رَبّ ގެ أمر ފުޅަށް رزق އާއި، ވާރެޔާއި، އަދިވެސް ތަކެތި ކަނޑައެޅިފައިވާ ގޮތަކަށް ބައްސަވާ ملائكة ބޭކަލުން ގަންދެއްވައި الله تعالى ހުވައި وحِى ކުރައްވައެވެ.

  176. 51:5

    إِنَّمَا تُوعَدُونَ لَصَادِقٌ

    ʹInnamaa tooʻadoona laṣaadiq̣;

    އޭ މީސްތަކުންނޭވެ. ކަލޭމެންނަށް وعد ވެވިގެންވާ ކަންކަމަކީ ހަމަ ތެދު وعد ފުޅު ތަކެކެވެ އެކެވެ. އެބަހީ މަރުވުމަށްފަހު محشر ކުރެއްވުމާއި، عمل ތަކަށް ހިސާބު ބެއްލެވުމާއި، ސުވަރުގެޔާއި، އެތާނގެ نعمة ތަކާއި، ނަރަކައާއި، އެތާނގެ عذاب ތަކާއި، މި ހުރިހާ ކަންކަމަކީ ހަމަ ކަނޑައެޅިގެން ސީދާކޮށް އޭގެ ވަގުތުތަކުގައި ހުންނާނޭ ކަންކަމެވެ. އެއީ ހަމަ ކަނޑައެޅިގެން ތެދު ވާހަކަތަކެވެ.

  177. 51:6

    وَإِنَّ ٱلدِّينَ لَوَٰقِعٌ

    Wa-ʹinnad Deena lawaaq̣iʻ.

    އަދި ހަމަ ކަށަވަރުން قيامة ދުވަހުން عدل ވެރި ޖަޒާ ދެއްވާނޭ ކަމީ އެއްވެސް ޝައްކެއްނެތި ކަނޑައެޅިގެން އޮންނާނޭ ކަމެކެވެ.

  178. 51:7

    وَٱلسَّمَآءِ ذَاتِ ٱلْحُبُكِ

    Wassamaaaʹi ẓaatil Ḥubuk,

    އަދި ދުނިޔޭގެ ބިންމަތީގައި މި ހުންނަ ކަހަލަ ވެލީގެ މަގުގެ ވެރި އުޑު ގަންދެއްވައި الله تعالى وحِى ކުރައްވައެވެ.

  179. 51:8

    إِنَّكُمْ لَفِى قَوْلٍ مُّخْتَلِفٍ

    ʹInnakum lafee q̣awlim mukhtalif.

    ހަމަ ކަށަވަރުން ކަލޭމެން ތިޔަ ވަނީ (محمد ގެފާނާ މެދު) ކަނޑައެޅިގެން ތަފާތު ވާހަކަތަކެއްގައެވެ. ކަލޭމެންގެ ތެރޭގައި محمد ގެފާނަކީ سحر ވެރިއެކޭ ބުނާ މީހުން ވެއެވެ. އަދި އެއީ ދޮގުވެރިޔެކޭ ބުނާ މީހުން އެބަ ތިއްބެވެ. އަދި އެއީ كاهن އެކޭ ބުނާ މީހުންވެސް އެބަ ތިއްބެވެ. އަދި قرآن އަކީ سحر އެކޭ ނުވަތަ ދޮގު باطل ވާހަކަތަކެކޭ ނުވަތަ އެއީ كَهانَة އެކޭ ބުނާ މީހުންވެސް އެބަ ތިއްބެވެ. މިހެންގޮސް ތަފާތު ވާހަކަތަކެއްގައެވެ.

  180. 51:9

    يُؤْفَكُ عَنْهُ مَنْ أُفِكَ

    Yuʹfaku ʻanhu man ʹufik.

    އެކަލޭގެފާނާމެދު ނުވަތަ قرآن އާމެދު ނުވަތަ އެ ދެފަރާތް ދޮގުކޮށް އެ ދެފަރާތުން މޫނު އަނބުރާލެވުނު ބަޔަކު މޫނު އަނބުރައިލެވުނެވެ.

  181. 51:10

    قُتِلَ ٱلْخَرَّٰصُونَ

    Q̣utilal kharraaṣoon,―

    އެކި ބާވަތް ބާވަތުގެ ދޮގު ހީތައްކުރި ދޮގުވެރީންނަށް لعنة ލެވިއްޖެއެވެ. އެމީހުން ހަލާކުވެއްޖެއެވެ.

  182. 51:11

    ٱلَّذِينَ هُمْ فِى غَمْرَةٍ سَاهُونَ

    ʹAllaẓeena hum fee g̣amratiñ saahoon:

    އެމީހުންނަކީ ޖާހިލުކަމާއި، ނޭގުމުގެ ތެރެއަށް ވަދެ غافل ވެގެންވާ ބައެކެވެ.

  183. 51:12

    يَسْـَٔلُونَ أَيَّانَ يَوْمُ ٱلدِّينِ

    Yasʹaloona ʹayyaana Yawmud Deen?

    އަދި މަލާމާތުގެ ގޮތުން، އެމީހުން ސުއާލުކޮށް ހަދައެވެ. "ތިޔަބުނާ قيامة ދުވަހެއް (ހިސާބު ބައްލަވާ ޖަޒާދެއްވާ ދުވަހެއް) ދެން އަންނާނީ ކޮން އިރަކުން ހެއްޔެވެ؟" (އޭގެ ޖަވާބުގައި الله وَحِي ކުރައްވަނީ)

  184. 51:13

    يَوْمَ هُمْ عَلَى ٱلنَّارِ يُفْتَنُونَ

    Yawma hum ʻalan Naari yuftanoon!

    އެ ދުވަހަކީ އެމީހުންނަށް ނަރަކައިގެ عذاب ދެއްވޭ ދުވަހެވެ.

  185. 51:14

    ذُوقُوا۟ فِتْنَتَكُمْ هَـٰذَا ٱلَّذِى كُنتُم بِهِۦ تَسْتَعْجِلُونَ

    Ẓooq̣oo fitnatakum! Haa-ẓal laẓee kuñtum̃ bihee tas-taʻjiloon!

    އެ ދުވަހުން އެމީހުންނަށް ބުނެވޭނެއެވެ. "ކަލޭމެން މި عذاب ގެ ރަހަ ލިބިގަންނާށެވެ. މި عذاب އަކީ ކަލޭމެން ދުނިޔޭގައި އެ عذاب އައުމަށް އަވަސް ވޭވޭ، އަވަހަށް އެދިއެދި ތިބި عذاب އެވެ." މިއެވެ.

  186. 51:15

    إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍ وَعُيُونٍ

    ʹInnal Muttaq̣eena fee Jannaatiñw Waʻuyoon,

    ހަމަކަށަވަރުން تقوى ވެރީން ވަނީ ބަގީޗާތަކެއްގައެވެ. (ސުވަރުގެ ތަކުގައެވެ.) އެތާނގެ ދަށުގައި އެކި ޒާތްޒާތުގެ އާރުތައް ވެއެވެ.

  187. 51:16

    ءَاخِذِينَ مَآ ءَاتَىٰهُمْ رَبُّهُمْ ۚ إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُحْسِنِينَ

    ʹAakhiẓeena maaa ʹaataahum Rabbuhum: ʹinnahum kaanoo q̣abla ẓaalika Muḥsineen.

    އެމީހުން އެތަންތާ ތިބޭނީ އެމީހުން ހައްދަވާ ބޮޑުކުރެއްވި ربّ އެމީހުންނަށް ދެއްވި ތަކެތީގައި ހިފަހިފައެވެ. (އެބަހީ އެކަލާނގެ ދެއްވާ ގިނަގުނަ ثواب އާއި، ދަރުމަޔާއި، ސުވަރުގޭގެ عدد ނުކުރެވޭހާ ގިނަގުނަ نعمة ތައް އެމީހުން ލިބިގަންނަ حال ގައެވެ.) އޭގެ ކުރީގައި އެމީހުން ވީ إحسان ތެރީން ކަމުގައެވެ. (އެބަހީ އެމީހުން ދުނިޔޭގައި އުޅުނުއިރު އެމީހުން ވީ އެމީހުންގެ نية ތައް إخلاص ތެރި އަދި عمل ތައް صالح ބަޔަކު ކަމުގައެވެ. الله އަށާއި، އެކަލާނގެ އަޅުތަކުންނަށް إحسان ތެރި، މާތް ބަޔަކު ކަމުގައެވެ.)

  188. 51:17

    كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ

    Kaanoo q̣aleelam minal layli maa- yahjaʻoon:

    އަދި އެމީހުން ވީ މަދުމަދުން ނޫނީ ރޭގަނޑު ނުނިދާ ކަމުގައެވެ. އަދި ރޭގަނޑު ދަންވަރު

  189. 51:18

    وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ

    Wa-bilʹasḥaari hum yastag̣firoon:

    ހާރުދަމުގެ ވަގުތު އެމީހުން ނަމާދުކޮށް أستغفار ކުރާ ކަމުގައި ވިއެވެ. (އެބަހީ އެބައިމީހުން ރޭގަނޑުގެ ގިނަ ވަގުތު ﷲ އަށް އަޅުކަންކޮށް، أستغفار ކޮށްހަދާ ކަމުގައި ވެއެވެ. އެމީހުން އޮށޯވެ ނިދާހަދަނީ މަދުންނެވެ. (ރޭގަނޑު ދަންވަރު ޓީވީބަލާ، އޮރިޔާން ފިލްމުބަލާ، ވޮލްޑް ކަޕް ބަލަން، އަދި ނުވަތަ ކުޅިވަރު ކުޅޭން ހޭލައި ތިބީއެއް ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ الله އަށް ذكر ކުރުމާއި، ނަމާދުކުރުމާއި، أستغفار ކުރުމުގައި ގިނަ ވަގުތުތައް ހޭދަކުރެއްވީއެވެ.)

  190. 51:19

    وَفِىٓ أَمْوَٰلِهِمْ حَقٌّ لِّلسَّآئِلِ وَٱلْمَحْرُومِ

    Wa-feee ʹamwaalihim ḥaq̣q̣ul lissaaaʹili walmaḥroom.

    އަދި އެމީހުންނަކީ އެމީހުންގެ މުދަލުގައި ސަލާމްޖަހާ މީހުންނަށާއި، محروم ވެފައި ތިބި މީހުންނަށް އޮތް حقّ އެއް ވާކަން ހަނދާންކޮށް އެ حقّ އަދާކުރި ބައެކެވެ.\nދަންނައެވެ. މިތާ މިވާ حقّ ގެ މާނައީ މުދަލުން އަދާކުރަންޖެހޭ فرض زكاة ފިޔަވައި ދެންހުރި އެކި ބާވަތުގެ سنّة ހޭދަކުރުންތަކުގެ މާނައެވެ. އެބަހީ އެބައިމީހުން އެބައިމީހުންނަށް فرض ވެގެންވާ ޒަކާތް قواعد ން އަދާކޮށް، އަދި އޭގެ އިތުރު صدقة ތައްވެސް ދެމުން ގެންދެއެވެ. محروم ވެފައި ތިބޭ މީހުންނަކީ ތިމާމެންގެ عِفّة ތެރިކަމުން ސަލާމްޖަހަން ނުކެރި، އެކަމަކު އަތުގައި އެއްވެސް ފަދައެއް ނެތް މީހުންނެވެ. އެހެން މީހުންނަށް ހީވާނީ އެއީ ހަމަ ފޯރާ ރަނގަޅު މީހުން ކަމަށެވެ. އެކަމަކު އެއީ ހަމަ ހުރިހާ ގޮތަކުންވެސް މުދަލުން محروم ވެގެންވާ ބައެކެވެ. والله أعلم.

  191. 51:20

    وَفِى ٱلْأَرْضِ ءَايَـٰتٌ لِّلْمُوقِنِينَ

    Wa-fil ʹarḍi ʹAayaatul lil-Mooq̣ineen,

    އަދި يقين ކުރާ ބަޔަކަށް ބިމުގައި ދަލީލުތަކާއި، حُجّة ތައް ވެއެވެ. (އެބަހީ ﷲ تعالى ބިންމަތީގައި ލައްވާފައިވާ އެކިއެކި حيوان ތަކާއި، ގަސްގަހާގެއްސާއި، ފަރުބަދަތަކާއި، ކަނޑުތަކާއި، އަދި މިނޫންވެސް އެންމެހާ ތަކެތީގައި ﷲ ގެ ކުޅަދުންވަންތަ ކަމާއި، އެކަލާނގެ އެއްކައުވަންތަ ކަމުގެ މައްޗަށް دليل ކުރާ ގިނަގުނަ دليل ތަކާއި حُجّة ތައް ވެއެވެ. ﷲ ގެ ކުޅަދުންވަންތަ ކަމާއި، އެއްކައުވަންތަ ކަމާއި، އެކަލާނގެ ދެނެވޮޑިގަތުމާއި، އެކަލާނގެ حكمة ވަންތަކަމާއި، އަޅުތަކުންނަށް الله ދެއްވާ ދަރުމަކުރައްވާފައިވާ ގިނަގުނަ رحمة، (يقين ކޮށް،) އަދި إيمان ވާ ބަޔަކަށް ފުދޭހައި ވެއެވެ.)

  192. 51:21

    وَفِىٓ أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ

    Wa-feee ʹañfusikum ʹafalaa tubṣiroon?

    އަދި ކަލޭމެންގެ نفس ތަކުގައިވެސް ވެއެވެ. ފަހެ ކަލޭމެން ވިސްނާ ބަލާ ނުހަދާނޭ ހެއްޔެވެ؟ (އެބަހީ، ﷲ ގެ ކުޅަދުންވަންތަކަމާއި، އެއްކައުވަންތަކަމާއި، އެކަލާނގެ ދެނެވޮޑިގަތުމާއި، އެކަލާނގެ حكمة ވަންތަކަމާއި، އެކަލާނގެ ތަކެތި ހެއްދެވުމުގައި ހުރި ފަށުވިކަމާއި، ހިމުންކަން، ރީތިކަމާއި، ފުރިހަމަކަން، މި ކަންކަމުގެ މައްޗަށް دليل ކުރާ ގިނަގުނަ دليل ތަކާއި، علامة ތައް ކަލޭމެންގެ نفس ތަކުގައިވެސް އެކަލާނގެ ލައްވާފައި ވާނެއެވެ. ކަލޭމެން ފަހެ އެކަންކަމަށް ބަލައި، ވިސްނާ ނަހަދާ ހެއްޔެވެ؟\nފަހެ އިންސާނާގެ ހަށިގަނޑަކީ ﷲ ގެ قدرة ވަންތަ ކަމާއި، އެއްކައުވަންތަ ކަމާއި حكمة ވަންތަ ކަމާއި، ދެނެވޮޑިގަތުމާއި، މި ކަންކަމުގެ ފުރިހަމަ ނަމޫނާއެކެވެ. ކޮންމެ ގުނަވަނެއް ހައްދަވާފައިވާ ރީތިކަމާއި، ކަމަށް މުނާސަބުކަމާއި، عمل ގެ މޮޅުކަމާއި، ހިމުންކަމާއި، ހަށިގަނޑުގެ އެކިއެކި ސިސްޓަމްތައް ހިންގުމުގައި ލައްވާފައިވާ ބަރާބަރުކަމާއި، وظيفة ތައް އަދާކުރުމުގައި ހުރި ކުޅަދާނަކަން މިޒަމާނުގެ އެންމެ ކުރިއަރާފައިވާ ސައިންސްވެސް އެވަނީ ނުކުޅައްދާފައެވެ. މިހާތަނަށް ދުނިޔެ ترقّى ވީއިރުވެސް އަދިވެސް تحقيق ނުކުރެވޭ ކިތަންމެ ސިއްރެއް ހަށިގަނޑުގައި ވާކަމަށް އެކަމުގެ އެންމެ މަތީ މާހިރުންވެސް ލަދުވެތިކަމާއި، ކިޔަމަންތެރިކަމާއެކު އެތިބަ أعتراف ވަނީއެވެ. فَسُبْحانَ مَنْ خَلَقَ الْخَلْقَ وَ أتْقَنَهَا.....

  193. 51:22

    وَفِى ٱلسَّمَآءِ رِزْقُكُمْ وَمَا تُوعَدُونَ

    Wa-fis samaaaʹi Rizq̣ukum wa-maa tooʻadoon.

    އަދި ކަލޭމެންގެ ރިޒުގު ވަނީ ހަމަ އުޑުގައެވެ. އަދި ކަލޭމެންނަށް وعد ކުރެވިގެންވާ ތަކެތިވެސް ވަނީ އުޑުގައެވެ. (އެބަހީ ކަލޭމެންގެ ރިޒުގުގެ ސަބަބެއް ކަމުގައިވާ ފެން، ވާރޭފެން އެވަނީ މަތީގައެވެ. އެ ފެން ވެހެނީ މަތީންނެވެ. ނުވަތަ ކަލޭމެންގެ ރިޒުގު تقدير ކުރައްވާ، މިންވަރު ކުރެއްވުން ވަނީ މަތީގައެވެ. އަދި ކަލޭމެންނަށް وعد ކުރެވިގެންވާ ثواب އާއި، عذاب ވެސް ނުވަތަ އެތަކެތި މިންވަރުކުރައްވާ، ނިޔާކުރެއްވުމުގެ ހުރިހާ ކަމެއްވެސް ވަނީ މަތީގައެވެ. އުޑުގައެވެ.)

  194. 51:23

    فَوَرَبِّ ٱلسَّمَآءِ وَٱلْأَرْضِ إِنَّهُۥ لَحَقٌّ مِّثْلَ مَآ أَنَّكُمْ تَنطِقُونَ

    Fawa-Rabbis samaaaʹi wal-ʹarḍi ʹinnahoo la-Ḥaq̣q̣um mis̤la maaa ʹannakum tañṭiq̣oon.

    ފަހެ އެ އުޑާއި، ބިމުގެ ވެރި ربّ ގަންދެއްވައި ހުވައި وحِى ކުރައްވައެވެ. އެކަންތައްތަކަކީ ހަމަ ކަނޑައެޅިގެން حقّ އެވެ. އެއްވެސް ޝައްކެއް ނެތެވެ. ކަލޭމެން އަނގައިން ބުނާ كلمة އާއި، لفظ ފަދައިން ފާޅުކޮށް އެނގޭ حقّ އެކެވެ.) (އެބަހީ އިސްވެދިޔަހާ އާޔަތްތަކުގައި އަންގަވާފައިވާ خبر ތަކާއި، ވާހަކަތަކަކީ އެއްވެސް އޮޅުމެއް، ދޮގެއްނެތް حقّ ވާހަކަތަކެކެވެ. އޭގެތެރޭގައި، މަރުވުމަށްފަހު محشر އަށް ފޮނުއްވޭނޭ ކަމާއި، ހިސާބު ބައްލަވާނޭ ކަމާއި، ސުވަރުގޭގެ نعمة ތަކާއި، ނަރަކައިގެ عذاب ތަކާއި، އެކަންކަމުގެ حقّ ވެރީންނަށް ބަރާބަރަށް އެކަންކަން ހުންނާނޭ ކަމީ ކަނޑައެޅިގެން ވާحقّ ވާހަކަ ތަކެކެވެ.

  195. 51:24

    هَلْ أَتَىٰكَ حَدِيثُ ضَيْفِ إِبْرَٰهِيمَ ٱلْمُكْرَمِينَ

    Hal ʹataaka ḥadees̤u ḍayfi ʹibraaheemal mukrameen?

    އޭ (رسول الله އެވެ!) إبراهيم عَلَيْه السلام ގެ އަރިހަށް ވަޑައިގެންނެވި މާތްވެގެންވާ މެހުމާނުންގެ ވާހަކަ ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެތޯއެވެ. (ނުވަތަ އެ މެހުމާނުންގެ ވާހަކަ ހަމަކަށަވަރުން ކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެއެވެ. އެ މެހުމާނުންނަކީ މާތްވެގެންވާ ملائكة ބޭކަލުންގެ جماعة އެކެވެ. އެ جماعة އެކުލެވިގެންވަނީ جِبْريل - ميكائيل إسْرَافِيْل عَلَيْهم السلام މި ބޭކަލުންގެ މައްޗަށެވެ.) އެބޭކަލުން ވަޑައިގެންނެވީ ރީތި ފިރިހެނުންތަކެއްގެ ސިފައިގައެވެ.

  196. 51:25

    إِذْ دَخَلُوا۟ عَلَيْهِ فَقَالُوا۟ سَلَـٰمًا ۖ قَالَ سَلَـٰمٌ قَوْمٌ مُّنكَرُونَ

    ʹIẓ dakhaloo ʻalayhi faq̣aaloo Salaamaa! Q̣aala Salaam! Q̣awmum muñkaroon.

    إبراهيم عَلَيْه السلام ގެ އަރިހަށް އެބޭކަލުން ވެދެވަޑައިގެންނެވި ހިނދުން، ދެން ކަންތައް ވީގޮތް ހަނދުމަފުޅު ކުރައްވާށެވެ. އެބޭކަލުން ވެދެވަޑައިގެންފައި، އެކަލޭގެފާނަށް سلام ކުރެއްވިއެވެ. އަދި އެކަލޭގެފާނުންވެސް سلام ވިދާޅުވިއެވެ. އަދި އަމިއްލަފުޅަށް ވިދާޅުވިއެވެ. "މިއީ ނުދަންނަ ބައެކެވެ." ނުވަތަ އެބޭކަލުންނާ مخاطب ކުރައްވައި ވިދާޅުވިއެވެ. "ތިޔަ ބޭކަލުންނަކީ އަދި ތިމަން ކަލޭގެފާނަށް މިހާތަނަށް އެގިވަޑައި ނުގަންނަވާ ބޭކަލުން ތަކެކެވެ."

  197. 51:26

    فَرَاغَ إِلَىٰٓ أَهْلِهِۦ فَجَآءَ بِعِجْلٍ سَمِينٍ

    Faraag̣a ʹilaaa ʹahlihee fajaaaʹa biʻijliñ sameen,

    ދެން އެކަލޭގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުން އަރިހަށް ވަޑައިގެން އެބޭކަލުން ފަރީއްކުޅުއްވުމަށް ޅަވަރެއްގެ ރޫފަ ރަނގަޅު ގެރިއެއް (ފިއްސަވައިގެން) ގެންނަވައިފިއެވެ.

  198. 51:27

    فَقَرَّبَهُۥٓ إِلَيْهِمْ قَالَ أَلَا تَأْكُلُونَ

    Faq̣arrabahooo ʹilayhim Q̣aala ʹalaa taʹkuloon?

    އަދި އެ ގެރި ގެންނަވައި އެބޭކަލުންގެ އަރިހަށް އިސްކުރައްވައި، ފަރީއްކުޅުއްވުމަށް ވިދާޅުވިއެވެ. (ދެންފަހެ އެބޭކަލުން ފަރީއް ނުކުޅުއްވީމާ) ވިދާޅުވިއެވެ. "އަޅެ ފަހެ ތިޔަބޭކަލުން ފަރީއް ނުކުޅުއްވާނޭ ތޯއެވެ؟"

  199. 51:28

    فَأَوْجَسَ مِنْهُمْ خِيفَةً ۖ قَالُوا۟ لَا تَخَفْ ۖ وَبَشَّرُوهُ بِغُلَـٰمٍ عَلِيمٍ

    Faʹawjasa minhum kheefaḥ Q̣aaloo laa- takhaf! wa-bashsharoohu big̣ulaamin ʻaleem.

    (ދެންފަހެ އެބޭކަލުން ފަރީއް ނުކުޅުއްވުމުން) އެކަލޭގެފާނަށް ބިރުފުޅުގެންވަޑައިގަތުމެއް إحساس ކުރެވިއްޖެއެވެ. (އެގޮތަކީ އާދަމުގެ ދަރީންގެ މެދުގައި އާދަވެފައި ވަނީ ތިމާ ތައްޔާރުކުރި ކާނާ ނުކެއި ބަޔަކީ ހެވަކާއިގެން އައި ބައެއް ނޫންކަމާއި، އަދި ކޮންމެވެސް ބޮނޑިއެއް ދޭން އައި ބައެއް ކަމަށެވެ. އެހެންވެ، ބިރުފުޅުގެންވަޑައިގެންނެވީ އެވެ. ނުވަތަ އެއީ ملائكة ބޭކަލުން ކަމުގައި ހީފުޅުވެގެން ބިރުފުޅުގެންވަޑައިގެންނެވީ އެވެ.) އަދި އެބޭކަލުން ވިދާޅުވިއެވެ. "ކަލޭގެފާނު ބިރުފުޅުގެންވަޑައި ނުގަންނަވާށެވެ." އަދި އެބޭކަލުން އެކަލޭގެފާނަށް علم ވެރި ދަރިކަލަކު ލިބިވަޑައިގެންފާނޭ ކަމުގެ އުފާވެރި خبر ދެއްވިއެވެ. އެހިނދު އެބޭކަލުންނީ ملائكة ބޭކަލުންކަން އެނގިވަޑައިގެންފިއެވެ.

  200. 51:29

    فَأَقْبَلَتِ ٱمْرَأَتُهُۥ فِى صَرَّةٍ فَصَكَّتْ وَجْهَهَا وَقَالَتْ عَجُوزٌ عَقِيمٌ

    Faʹaq̣balatim raʹatuhoo fee ṣarratiñ faṣakkat wajhahaa wa-q̣aalat ʻajoozun ʻaq̣eem!

    އަދި އެކަލޭގެފާނުންގެ އަނބިކަނބަލުން (ގޭތެރޭގައި) ބަޔަކު މީހުންގެ جماعة އެއްގައި އިންނެވިއެވެ. ނުވަތަ ހަޅޭފުޅުލައްވައި އެކަމަނާގެ މޫނުފުޅުގައި އަތްތިލަފުޅުން ޖައްސަވާލައްވާފައި ވިދާޅުވިއެވެ. " (އަހުރެން ވިހާނީ ކިހިނަކުންތޯއެވެ؟) އަހުރެންނަކީ ދުވަސްވެ، މުސްކުޅިވެފައިވާ އަންހެނެކެވެ. عجوز އެކެވެ. އަދި އަހުރެންނަކީ ދަރީން ނުލިބޭ މީހެކެވެ."

  201. 51:30

    قَالُوا۟ كَذَٰلِكِ قَالَ رَبُّكِ ۖ إِنَّهُۥ هُوَ ٱلْحَكِيمُ ٱلْعَلِيمُ

    Q̣aaloo kaẓaaliki q̣aala Rabbuk: ʹinnahoo Huwal Ḥakeemul ʻAleem.

    އެބޭކަލުން ވިދާޅުވިއެވެ. "ކަމަނާގެ ربّ وحِى ކުރެއްވީ އެފަދައިންނެވެ. ހަމަކަށަވަރުން އެކަލާނގެއީ حكمة ވަންތަ، ދެނެވޮޑިގެންވާ ކަލާނގެއެވެ."\nދަންނައެވެ. تفسير علم ވެރީން ވިދާޅުވެފައި ވެއެވެ. އޭރު އެކަމަނާގެ عمر ފުޅުން ނުވަދިހަ-ނުވަ އަހަރު ވެއްޖެއެވެ. އަދި إبراهيم عَلَيْه السلام ސަތޭކަ އަހަރުފުޅެވެ. والله أعلم.