Surah An-NisaBegins here at 4:24
-
4:24
۞ وَٱلْمُحْصَنَـٰتُ مِنَ ٱلنِّسَآءِ إِلَّا مَا مَلَكَتْ أَيْمَـٰنُكُمْ ۖ كِتَـٰبَ ٱللَّهِ عَلَيْكُمْ ۚ وَأُحِلَّ لَكُم مَّا وَرَآءَ ذَٰلِكُمْ أَن تَبْتَغُوا۟ بِأَمْوَٰلِكُم مُّحْصِنِينَ غَيْرَ مُسَـٰفِحِينَ ۚ فَمَا ٱسْتَمْتَعْتُم بِهِۦ مِنْهُنَّ فَـَٔاتُوهُنَّ أُجُورَهُنَّ فَرِيضَةً ۚ وَلَا جُنَاحَ عَلَيْكُمْ فِيمَا تَرَٰضَيْتُم بِهِۦ مِنۢ بَعْدِ ٱلْفَرِيضَةِ ۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًا
Walmuḥṣanaatu minan Nisaaaʹi ʹillaa maa- malakat ʹaymaanukum. Kitaabal laahi ʻalaykum. Wa-ʹuḥilla lakum maa waraaaʹa ẓaalikum ʹañ tabtag̣oo biʹamwaalikum muḥṣineena g̣ayra musaafiḥeen. Famas tamtaʻtum̃ bihee minhunna faʹaatoohunna ʹujoorahunna fareeḍah. Wa-laa junaaḥa ʻalaykum fimaa taraaḍaytum̃ bihee mim baʻdil fareeḍati, ʹinnal laaha kaana ʻAleeman Ḥakeemaa.
އަދި އަންހެނުންގެތެރެއިން އެމީހުންގެ ފިރިން ތިބުމުގެ ސަބަބުން އެމީހުންގެ فرج ތައް ރައްކާތެރިކުރެވިފައިވާ އަންހެނުންނާއެވެ. އެބަހީ އެމީހުންނާ އިނުންވެސް حرام ވެގެންވެއެވެ. އެއީ އެމީހުންނަށް ފިރިންތިބި މީހުންނެވެ. އަދި އެކަމަކު ކަލޭމެންގެ އަޅުއަންހެނުން މެނުވީއެވެ. އެމީހުންގެ ކިބައިން އަރާމު ލިބިގަތުން ހުއްދައެވެ. ފަހެ އެފަދައިން ﷲ ކަލޭމެންގެމައްޗަށް فرض ކުރައްވާފައިވެއެވެ. ލިއުއްވާފައިވެއެވެ. އަދި އެމީހުން ފިޔަވައި އެބަހީ މިބަޔާންވެދިޔަ މީހުން ފިޔަވައި ދެންތިބި މީސްމީހުން އެމީހުންނަށް ކާވެނި ރަން އަދާކޮށް އެމީހުންނަށް އެދިގަތުން ކަލޭމެން ފިރިހެނުންނަށް حلال ވެގެންވެއެވެ. އެއީ އެކަނބަލުން عِفّة ތެރިވެ ޒިނޭ ނުކުރާމީހުންކަމުގައިވާ حال ގައެވެ. ދެން ކަލޭމެން ފިރިހެނުން އެކަނބަލުންގެ ކިބައިން އަރާމުލިބިލިބިގަނެ لَذّة حاصل ކުރަންޏާ އެކަނބަލުންނަށް އެކަނބަލުންގެ އުޖޫރަ فرض އެއްގެގޮތުން އަދާކުރާށެވެ! ކާވެނިރަން ދޭށެވެ! (ރަންކަނޑައެޅިފައިއޮވެ جماع ވެއްޖެއްޔާ ރަންއަދާކުރުން فرض ވީއެވެ.) އަދި ކާވެނިރަން ކަނޑައެޅުމަށްފަހު ދެފަރާތުން ވާހަކަދެކެވި ދެފަރާތް ރުހެވުނުކަމަކަށް އެނިންމާގޮތަކަށް ކަލޭމެންގެ މައްޗަށް ކުށެއްނެތެވެ. (އެބަހީ ކާވެނިރަން އުނިއިތުރު ކުރުމުގައި ދެފަރާތް އެއްބަސްވެ ރުހެންޏާ އެއީ ހުއްދަ ކަމެކެވެ.) ހަމަކަށަވަރުން ﷲ تعالى އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލަކުކަމުގައި ވިއެވެ.
-
4:25
وَمَن لَّمْ يَسْتَطِعْ مِنكُمْ طَوْلًا أَن يَنكِحَ ٱلْمُحْصَنَـٰتِ ٱلْمُؤْمِنَـٰتِ فَمِن مَّا مَلَكَتْ أَيْمَـٰنُكُم مِّن فَتَيَـٰتِكُمُ ٱلْمُؤْمِنَـٰتِ ۚ وَٱللَّهُ أَعْلَمُ بِإِيمَـٰنِكُم ۚ بَعْضُكُم مِّنۢ بَعْضٍ ۚ فَٱنكِحُوهُنَّ بِإِذْنِ أَهْلِهِنَّ وَءَاتُوهُنَّ أُجُورَهُنَّ بِٱلْمَعْرُوفِ مُحْصَنَـٰتٍ غَيْرَ مُسَـٰفِحَـٰتٍ وَلَا مُتَّخِذَٰتِ أَخْدَانٍ ۚ فَإِذَآ أُحْصِنَّ فَإِنْ أَتَيْنَ بِفَـٰحِشَةٍ فَعَلَيْهِنَّ نِصْفُ مَا عَلَى ٱلْمُحْصَنَـٰتِ مِنَ ٱلْعَذَابِ ۚ ذَٰلِكَ لِمَنْ خَشِىَ ٱلْعَنَتَ مِنكُمْ ۚ وَأَن تَصْبِرُوا۟ خَيْرٌ لَّكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ
Wa-mal lam yastaṭiʻ miñkum ṭawlan ʹañy yañkiḥal Muḥṣanaatil Muʹminaati famim maa malakat ʹaymaanukum miñ fatayaatikumul Muʹminaat: wallaahu ʹaʻlamu biʹeemaanikum Baʻḍukum mim baʻḍ: fañkiḥoohunna biʹiẓni ʹahlihinna wa-ʹaatoohunna ʹujoorahunna bilmaʻroofi muḥṣanaatin g̣ayra musaafiḥaatiñw walaa muttakhiẓaati ʹakhdaan. Faʹiẓaaa ʹuḥṣinna faʹin ʹatayna bifaaḥishatiñ faʻalayhinna niṣfu maa- ʻalal muḥṣanaati minal ʻaẓaab. Ẓaalika liman khashiyal ʻanata miñkum. Wa-ʹañ taṣbiroo khayrul lakum: wallaahu G̣afoorur Raḥeem.
އަދި ކަލޭމެން ފިރިހެނުންގެތެރެއިން މިނިވަން އަންހެނުންނާ އިންނާނެ ތަނަވަސްކަމެއް ނެތްމީހާ، އަތްމަތި ދަތިމީހާ، ދެން مؤمن އަޅުއަންހެންކުއްޖަކާ އިންނާށެވެ! ކަލޭމެންގެ އީމާންކަން ﷲ ދެނެވޮޑިގެންވެއެވެ. ކަލޭމެން އެއްބަޔަކު ކިބައިން އަނެއްބައެކެވެ. އެންމެންނަކީވެސް އާދަމުގެ ދަރިންނެވެ. އަދި އެކަނބަލުންގެ ސާހިބުމީހާގެ އިޒުނަ ހޯދައިގެން އެކަނބަލުންނާ އިންނާށެވެ! އަދި ރަނގަޅު ހެޔޮގޮތުގައި އެކަނބަލުންނަށް ކާވެނި ރަން ދޭށެވެ! އެއީ އެކަނބަލުން ޒިނޭ ނުކުރާ އަދި عِفّة ތެރިންކަމުގައި ވަންޏާއެވެ. ދެންފަހެ އެކަނބަލުން ކާވެނި ކުރުމަށްފަހު ޒިނޭކޮށްފިއްޔާ بِكُرُ ވެރި މިނިވަން އަންހެނުންނަށް ކަނޑައެޅިގެންވާ އަދަބުގެ ދެބައިކުޅައެއްބައި އެކަނބަލުންގެމައްޗަށް ހުއްޓެވެ. އެގޮތަށް އަޅުއަންހެންކުދިންނާ އިނުން ހުއްދަވެގެންވަނީ ކަލޭމެން ފިރިހެނުންކުރެ ޒިނޭކުރެވިދާނެކަމަށް ބިރުވެތިވާ ފިރިހެނުންގެ މައްޗަށެވެ. އަދި (އަޅުއަންހެނުންނާ ނުއިނދެ) ކެތްތެރިވެގެން ތިބުން ކަލޭމެންނަށް ހެޔޮވެގެންވެއެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
4:26
يُرِيدُ ٱللَّهُ لِيُبَيِّنَ لَكُمْ وَيَهْدِيَكُمْ سُنَنَ ٱلَّذِينَ مِن قَبْلِكُمْ وَيَتُوبَ عَلَيْكُمْ ۗ وَٱللَّهُ عَلِيمٌ حَكِيمٌ
Yureedul laahu liyubayyina lakum wa-yahdiyakum sunanal laẓeena miñ q̣ablikum wa-yatooba ʻalaykum: wallaahu ʻAleemun Ḥakeem.
ﷲ تعالى އެދިވޮޑިގަންނަވަނީ އިސްވެދިޔަ نَبي ބޭކަލުންނާއި مؤمن ންގެމަގުތައް ކަލޭމެންނަށް بيان ކޮށްދެއްވައި ދައްކަވައިދެއްވާށެވެ. އަދި ކަލޭމެންގެމައްޗަށް އެކަލާނގެ توبة ލެއްވުމަށެވެ. އަދި ﷲ އީ ދެނެވޮޑިގެންވާ حِكْمَة ވަންތަ ކަލާނގެއެވެ.
-
4:27
وَٱللَّهُ يُرِيدُ أَن يَتُوبَ عَلَيْكُمْ وَيُرِيدُ ٱلَّذِينَ يَتَّبِعُونَ ٱلشَّهَوَٰتِ أَن تَمِيلُوا۟ مَيْلًا عَظِيمًا
Wallaahu yureedu ʹañy yatooba ʻalaykum; Wayureedul laẓeena yattabiʻoonash shahawaati ʹañ tameeloo maylan ʻaz̤̣eemaa.
އަދި ﷲ އެދިވޮޑިގަންނަވަނީ ކަލޭމެންގެމައްޗަށް توبة ލެއްވުމަށެވެ. އަދި هَوى نفس ގެ އެދުންތަކާއި شَهْوَة ތަކާއި تبع ވާމީހުން (يهودي ންނާއި نصارى އިންނާއި ޒިނޭކުރާ މީހުންނާއި ދެންވެސް އެބާވަތުގެމީހުންފަދަ މީހުން) އެދެނީ (އެމީހުންގޮތަށް) ކަލޭމެންވެސް އެނުބައިގެ ފަރާތަށް ބޮޑުވެގެންވާ ލެނބުމަކުން ލެނބުމަށެވެ. (އެޔަށް ވަދެ އެމީހުންފަދައިން ތެޔޮހަނުވުމަށެވެ.)
-
4:28
يُرِيدُ ٱللَّهُ أَن يُخَفِّفَ عَنكُمْ ۚ وَخُلِقَ ٱلْإِنسَـٰنُ ضَعِيفًا
Yureedul laahu ʹañy yukhaffifa ʻañkum; wa-khuliq̣al ʹiñsaanu ḍaʻeefaa.
ﷲ تعالى އެދިވޮޑިގަންނަވަނީ (مؤمن އަޅު އަންހެންކުދިންނާއި އިނުމުގެ ހުއްދަ ދެއްވުންފަދަ ކަންތައް މެދުވެރިކުރައްވައި) ކަލޭމެންނަށް ލުއިކޮށްދެއްވުމަށެވެ. އަދި އިންސާނާ ހެއްދެވިފައިވަނީ ބަލިކަށި ضعيف މީހަކުގެ ގޮތުގައެވެ. (އަންހެނުންނާ ގައިގޯޅިވުމުގައި ހިފެހެއްޓުން ކުޑަވުންފަދައިންނެވެ.)
-
4:29
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَأْكُلُوٓا۟ أَمْوَٰلَكُم بَيْنَكُم بِٱلْبَـٰطِلِ إِلَّآ أَن تَكُونَ تِجَـٰرَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوٓا۟ أَنفُسَكُمْ ۚ إِنَّ ٱللَّهَ كَانَ بِكُمْ رَحِيمًا
Yaaaʹayyuhal laẓeena ʹaamanoo laa- taʹkulooo ʹamwaalakum̃ baynakum̃ bilbaaṭili ʹillaaa ʹañ takoona tijaaratan ʻañ taraaḍim miñkum: walaa taq̣tulooo ʹanfusakum: ʹinnal laaha kaana bikum Raḥeemaa!
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެމުދާ ކަލޭމެންގެ ދެމެދު بَاطِل ގޮތުގައި ނުކާށެވެ! ބޭނުން ނުކުރާށެވެ! ވިޔަފާރީގެގޮތުގައި ދެފަރާތުގެ ދެމެދު ރުހެވިގެންވާ حال ގައިމެނުވީ އެކަކުގެ މުދައު އަނެކަކު ބޭނުންކޮށް ނުހަދާށެވެ! އަދި ކަލޭމެން ކަލޭމެންގެ نفس ތައް ނުމަރާށެވެ! އެއްބަޔަކު އަނެއްބަޔަކު ނުމަރާށެވެ! (مسلمންނަކީ އެއްދީނެއްގެ ބައެއްކަމުގައި ވެފައި އެންމެންނީ އެއްބަނޑުއެއްބަފާ ބަޔަކުކަމުގައި ވާތީ ކަލޭމެން ކަލޭމެންގެ نفس ތައް ނުމަރާށޭ وحي ކުރެއްވީއެވެ. والله أعلم) ހަމަކަށަވަރުން ﷲ تعالى ވޮޑިގެންވަނީ ކަލޭމެންނަށް ނުހަނު އޯގާވަންތަ ކަލަކުކަމުގައެވެ.
-
4:30
وَمَن يَفْعَلْ ذَٰلِكَ عُدْوَٰنًا وَظُلْمًا فَسَوْفَ نُصْلِيهِ نَارًا ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًا
Wa-mañy yafʻal ẓaalika ʻudwaanañw wa-Z̤̣ulmañ fasawfa nuṣleehi Naaraa: wa-kaana ẓaalika ʻalal laahi yaseeraa.
އަދި عداوة ތެރިކަމާއި އަނިޔާވެރިކަމުގެގޮތުން އެކަން ކޮށްފިމީހާ (އެބަހީ އެއްވެސް حقّ އެއްނެތި نفس އެއް މަރައިފިމީހާ (ދަންނައެވެ!) ފަހެ ނިކަންހުރެ ތިމަންރަސްކަލާނގެ އެމީހަކު (ބޮޑުވެގެންވާ) އަލިފާނަކަށް ވައްދާހުށީމެވެ. އަދި އެކަމަކީ ﷲ އަށް ދާދިފަސޭހަކަމެއް ކަމުގައިވިއެވެ.
-
4:31
إِن تَجْتَنِبُوا۟ كَبَآئِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنكُمْ سَيِّـَٔاتِكُمْ وَنُدْخِلْكُم مُّدْخَلًا كَرِيمًا
ʹIñ tajtaniboo kabaaaʹira maa- tunhawna ʻanhu nukaffir ʻañkum sayyiʹaatikum wa-nudkhilkum Mudkhalañ kareemaa.
ކަލޭމެނަށް ނަހީވެވުނު ބޮޑެތި ފާފަތަކާއި ކަލޭމެން ދުރުވެގެންފިއްޔާ ތިމަންރަސްކަލާނގެ ކަލޭމެންގެ އެހެނިހެން ކުދި ފާފަތައް ކަލޭމެނަށް ފުއްސަވާހުށީމެވެ. އަދި މާތްވެގެންވާ ތަނަކަށް (ސުވަރުގެއަށް) ކަލޭމެން ވައްދަވާހުށީމެވެ. * ދަންނައެވެ! ﷲ ގެ ކޯފާއަކުން ނުވަތަ ގަދަވެގެންވާ عذاب ހުރިކަމުގެ ވާހަކައިން ނިމިފައިވާ ކޮންމެ ކަމަކީ ބޮޑުފާފައެކެވެ. އޭގެ عدد އެއް ނޭނގެއެވެ. އަދި ކުދިފާފައިގެމަތީ ދެމިހުރެއްޖެއްޔާ ބޮޑު ފާފައަކަށް ބަދަލުވެދާނެކަމަށް علم ވެރިން ވިދާޅުވެއެވެ. والله أعلم.
-
4:32
وَلَا تَتَمَنَّوْا۟ مَا فَضَّلَ ٱللَّهُ بِهِۦ بَعْضَكُمْ عَلَىٰ بَعْضٍ ۚ لِّلرِّجَالِ نَصِيبٌ مِّمَّا ٱكْتَسَبُوا۟ ۖ وَلِلنِّسَآءِ نَصِيبٌ مِّمَّا ٱكْتَسَبْنَ ۚ وَسْـَٔلُوا۟ ٱللَّهَ مِن فَضْلِهِۦٓ ۗ إِنَّ ٱللَّهَ كَانَ بِكُلِّ شَىْءٍ عَلِيمًا
Wa-laa tatamannaw maa- faḍḍalal laahu bihee baʻḍakum ʻalaa baʻḍ. Lirrijaali naṣeebum mimmak tasaboo, wa-lin-Nisaaaʹi naṣeebum mimmak tasabn. Wasʹalul laaha miñ faḍlih. ʹInnal laaha kaana bikulli shayʹin ʻAleemaa.
އަދި ކަލޭމެންގެ އެއްބައެއްގެމައްޗަށް އަނެއްބަޔަކަށް ﷲ ދެއްވާފައިވާ فضل ވަންތަކަމަށް ކަލޭމެން ނޭދޭށެވެ! އެކަމަށް އެދުންވެރިނުވާށެވެ! ފިރިހެނުންނަށް އެމީހުން ހޯދައިގަތް އެއްޗަކުން ބައެއްވެއެވެ. (ثواب އާއި عذاب ގެގޮތުން އެމީހުންގެ ބައި އެމީހުންނަށްވެއެވެ.) އަދި އަންހެނުންނަށްވެސް އެމީހުން ހޯދައިގަތް އެއްޗަކުން ބައެއްވެއެވެ. - (ثواب އާއި عذاب ގެގޮތުންނެވެ. އަދި މިދެމީހުންގެ ބައި ކޮންމެހެން އެއްވަރުވާނެކަމެއް ނޭނގެއެވެ. - އެހެން ނާންގަވައެވެ.) އަދި ﷲ ގެ فضل ވަންތަކަމުން ދެއްވައިތޯ ކަލޭމެން އެކަލާނގެ حَضْرَةُ ގައި އެދޭށެވެ! ހަމަކަށަވަރުން ﷲ އީ ހުރިހާކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
4:33
وَلِكُلٍّ جَعَلْنَا مَوَٰلِىَ مِمَّا تَرَكَ ٱلْوَٰلِدَانِ وَٱلْأَقْرَبُونَ ۚ وَٱلَّذِينَ عَقَدَتْ أَيْمَـٰنُكُمْ فَـَٔاتُوهُمْ نَصِيبَهُمْ ۚ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَىْءٍ شَهِيدًا
Wa-likulliñ jaʻalnaa mawaaliya mimmaa tarakal waalidaani wal-ʹaq̣raboon. Wallaẓeena ʻaq̣adat ʹaymaanukum faʹaatoohum naṣeebahum. ʹInnal laaha kaana ʻalaa kulli shayʹiñ Shaheedaa.
އަދި ކަލޭމެންގެ މައިން ބަފައިންނާ ގާތްތިމާގެ މީހުން ދޫކުރި ތަރިކަ މުދަލަށް އެކޮންމެ މުދަލަކަށްވެސް ވާރުތަވެރިންތަކެއް ތިމަން ރަސްކަލާނގެ ލެއްވީމެވެ. އެމީހުންނަށް އެމީހުންގެ ޙައްޤު ދޭށެވެ! އަދި ކަލޭމެން ހުވައިތައް ޢަޤުދު ކޮށްފައިވާ މީހުންނަށްވެސް އެމީހުންނަށް އެއްބަސްވީވަރެއް ދޭށެވެ! އެއީ ވާރުތަވެރިން ނޫން މީހުންނަށްވެސް ދެފަރާތް އެއްބަސްވެގެން ވާރުތަމުދަލުން ދޭގޮތަށް ދެފަރާތުން ހުވައި ކޮށް ކުރާ ޢަޤުދެކެވެ. ހަމަކަށަވަރުން ﷲ تَعَالى ހުރިހާ ކަމެއްގެ މައްޗަށް ހެކިވެ ވޮޑިގެންވާ ކަލަކު ކަމުގައި ވިއެވެ. • ނޯޓް: މިކަމަކީ ޖާހިލިއްޔަ ޒަމާނުގައި އޮތް ކަމެކެވެ. އަދި އިސްލާމް ދީނުގެ ކުރީކޮޅުގައިވެސް އޮތް ގޮތެވެ. ދެން وَأُلُو الأَرْحَامِ بَعْضُهُم أولى بِبَعْضٍ...... މިއާޔަތުން އެކަންއުވިގެން ދިޔައީ އެވެ. މިހާރު އޮތީ މިހާރު މުދާ ބަހާ ގޮތަށެވެ.
-
4:34
ٱلرِّجَالُ قَوَّٰمُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَآ أَنفَقُوا۟ مِنْ أَمْوَٰلِهِمْ ۚ فَٱلصَّـٰلِحَـٰتُ قَـٰنِتَـٰتٌ حَـٰفِظَـٰتٌ لِّلْغَيْبِ بِمَا حَفِظَ ٱللَّهُ ۚ وَٱلَّـٰتِى تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهْجُرُوهُنَّ فِى ٱلْمَضَاجِعِ وَٱضْرِبُوهُنَّ ۖ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا۟ عَلَيْهِنَّ سَبِيلًا ۗ إِنَّ ٱللَّهَ كَانَ عَلِيًّا كَبِيرًا
ʹArrijaalu q̣awwaamoona ʻalan Nisaaaʹi bimaa faḍ-ḍalal laahu baʻḍahum ʻalaa baʻḍiñw wabimaaa ʹañfaq̣oo min ʹamwaalihim, Faṣ-Ṣaaliḥaatu q̣aanitaatun ḥaafi-Z̤̣atul lil-g̣aybi bimaa ḥafi-Z̤̣al laah. Wallaatee takhaafoona nushoozahunna faʻi-Z̤̣oohunna wahjuroohunna fil maḍaajiʻi waḍriboohunn. Faʹin ʹaṭaʻnakum falaa tabg̣oo ʻalayhinna sabeelaa: ʹinnal laaha kaana ʻAliyyañ Kabeeraa.
ފިރިހެނުންނަކީ އަންހެނުން އަދަބުވެރިކުރުވާ ސީދާކުރުންމަތީ قائم ވެތިބޭމީހުންނެވެ. (ތިބެންވާނެ މީހުންނެވެ.) އެއީ އެމީހުންގެ އެއްބައެއްގެމައްޗަށް އަނެއްބަޔަކަށް ﷲ ދެއްވާފައިވާ فضل ވަންތަކަމުގެ ސަބަބުންނާއި (އެބަހީ އަންހެނުންގެ މައްޗަށް ފިރިހެނުންނަށްދެއްވާފައިވާ މާތްކަމުގެ ސަބަބުންނާއި) އަދި އެފިރިހެނުން އެމީހުންގެ މުދަލުން (އެކަނބަލުންނަށް) އެމީހުން ހޭދަކުރާ ކުރުމުގެ ސަބަބުންނެވެ. ފަހެ صالح މާތް އަންހެނުންނަކީ ކިޔަމަންތެރި (އަދި ފިރިންގެ غَيْبُ ގައި އެމީހުންނެތް حاضر ގައި) ތިމާގެ نفس އަށާއި ފިރިމީހާގެ މުދަލާއި އޭނާގެ حقّ ތަކަށް) ރައްކާތެރިވެގަންނަ އަންހެނުންނެވެ. އެއީ އެކަނބަލުން ރައްކާތެރިވުމަށް ﷲ އަންގަވާ އަމާނާތްތެރިކުރުވާފައިވާ ކަންކަމުގައެވެ. އަދި އެކަނބަލުންނާއިމެދު އަދި އެކަނބަލުންގެ ނުކިޔަމަންތެރިކަމަށް ކަލޭމެން ބިރުވެތިވާ އަނބީން ދަންނައެވެ! ކަލޭމެން ފުރަތަމަ އެކަނބަލުންނަށް وعظ އާއި نصيحة ދޭށެވެ! (އެވަރުން ނުވިނަމަ) އެކަނބަލުންނާ ނިދާ ތަނުން ދުރުވެގެންނާށެވެ! (އެއްތާ ނުނިދާށެވެ!) (އަދި އެވަރުން ނުވިނަމަ) ކަލޭމެން އެކަނބަލުން ގައި ޖަހާށެވެ! (زخم ނުވާގޮތަށެވެ.) ދެންފަހެ އެކަނބަލުން ކަލޭމެންނަށް (އެގޮތުން) ކިޔަމަންވެއްޖެއްޔާ ދެން އެކަނބަލުންނަށް އަދަބުދޭނެ އެހެންގޮތަކަށް ކަލޭމެން ނޭދޭށެވެ! (އެބަހީ ދެން އަދަބު ނުދޭށެވެ!) ހަމަކަށަވަރުން ﷲ تعالىއީ ނުހަނު މަތިވެރިވެވޮޑިގެންވާ ހައިބަބޮޑު ކަލަކުކަމުގައިވޮޑިގެންވެއެވެ.
-
4:35
وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَٱبْعَثُوا۟ حَكَمًا مِّنْ أَهْلِهِۦ وَحَكَمًا مِّنْ أَهْلِهَآ إِن يُرِيدَآ إِصْلَـٰحًا يُوَفِّقِ ٱللَّهُ بَيْنَهُمَآ ۗ إِنَّ ٱللَّهَ كَانَ عَلِيمًا خَبِيرًا
Wa-ʹin khiftum shiq̣aaq̣a baynihimaa fabʻas̤oo ḥakamam min ʹahlihee waḥakamam min ʹahlihaa. ʹIñy yureedaaa ʹiṣlaaḥ añyyuwaffiq̣il laahu baynahumaa: ʹinnal laaha kaana ʻAleeman Khabeeraa.
(އޭ މީސްތަކުންނޭވެ!) އެދެމީހުންގެ ދެމެދު އެބަހީ: ދެމަފިރިންގެދެމެދު އަރައިރުމާ ދެކޮޅުވެރިކަމާމެދު ކަލޭމެން ބިރުވެތިވެއްޖެއްޔާ ފިރިހެންމީހާގެ أهل ވެރިންކުރެ حكم ކުރާނެމީހަކާއި އަންހެންމީހާގެ أهل ވެރިންކުރެ حكم ކުރާނެމީހަކާއި ދެމީހުން ފޮނުވާށެވެ! (އެދެމީހުން ގޮތެއްނިންމާށެވެ!) އެދެމީހުން (އެދެ حَاكِم ން) ދެމަފިރިން ދެމެދު إصلاح ކުރަން އެދެންޏާ ﷲ تعالى އެދެމީހުންނަށް އެކަމުގެ توفيق ދެއްވައިފާނެއެވެ. (ދެމީހުންނަކީ عدل ވެރި ދެމީހުންކަމުގައި ވާންވާނެއެވެ. އަދި އެދެމީހުން އެއްބަސްވާ ގޮތެއްގެމަތިން حكم ކުރެވޭނެއެވެ. ދެމީހުންނަށް نصيحة ދޭން ފެންނަންޏާ އެގޮތް ނުވަތަ ދެމީހުން ދުރުކުރަން ފެންނަންޏާ އެގޮތްވެސް އެދެމީހުންނަށް ނިންމޭނެއެވެ.) ހަމަކަށަވަރުން ﷲ تعالى އީ خبر ތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައިވެއެވެ.
-
4:36
۞ وَٱعْبُدُوا۟ ٱللَّهَ وَلَا تُشْرِكُوا۟ بِهِۦ شَيْـًٔا ۖ وَبِٱلْوَٰلِدَيْنِ إِحْسَـٰنًا وَبِذِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَٱلْجَارِ ذِى ٱلْقُرْبَىٰ وَٱلْجَارِ ٱلْجُنُبِ وَٱلصَّاحِبِ بِٱلْجَنۢبِ وَٱبْنِ ٱلسَّبِيلِ وَمَا مَلَكَتْ أَيْمَـٰنُكُمْ ۗ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا
Waʻbudul laaha wa-laa tushrikoo bihee shayʹañw wabilwaalidayni ʹiḥsaanañw Wabiẓil q̣urbaa wal-yataamaa wal-masaakeeni wal-jaari ẓil q̣urbaa wal-jaaril junubi waṣ-ṣaaḥibi biljambi wabnis sabeeli wa-maa malakat ʹaymaanukum: ʹinnal laaha laa- yuḥibbu mañ kaana mukhtaalañ fakhooraa;
(އޭ މީސްތަކުންނޭވެ!) ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! (އެކަލާނގެއަށް ބޯލަނބައި ކިޔަމަންވާށެވެ!) އަދި ހަމައެކައްޗަކާވެސް އެކަލާނގެއާއި شريك ނުކުރާށެވެ! ބައިވެރި ނުކުރާށެވެ! އަދި މައިންބަފައިންނަށް إحسان ތެރިވާށެވެ! ހެޔޮކޮށް ހިތާށެވެ! އަދި ގާތްތިމާގެ މީހުންނަށާއި - يتيم ންނަށާއި مسكين ންނަށާއި ގާތްތިމާގެ އަވައްޓެރިންނަށާއި އަދި ގާތްތިމާގެނޫން އަވައްޓެރިންނަށާއި (ނުވަތަ ބީރައްޓެހިންނަށާއި) އަދި ދަތުރުގެ އެކުވެރިންނަށާއި ދަތުރުވެރިންނަށާއި އަދި އަޅުންނަށާއި މިއެންމެންނަށްވެސް ކަލޭމެން إحسان ތެރިވެ ހެޔޮކޮށްހިތާށެވެ! ހަމަކަށަވަރުން އެމީހަކު ބޮޑާވެ فخر ވެރިވާ މީހަކަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.
-
4:37
ٱلَّذِينَ يَبْخَلُونَ وَيَأْمُرُونَ ٱلنَّاسَ بِٱلْبُخْلِ وَيَكْتُمُونَ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ ۗ وَأَعْتَدْنَا لِلْكَـٰفِرِينَ عَذَابًا مُّهِينًا
ʹAllaẓeena yabkhaloona wa-yaʹmuroonan naasa bilbukhli wa-yaktumoona maaa ʹaataahumul laahu miñ faḍlih; wa-ʹaʻtadnaa lilkaafireena ʻaẓaabam muheenaa;
އެމީހުންނަކީ (އެބަހީ ބޮޑާވެ فَخْرُ ވެރިވާމީހުންނަކީ) بَخِيْلُ ވާ މީހުންނެވެ. ދަހިވެތިވާމީހުންނެވެ. އަދި بَخِيْلُ ވުމަށް މީސްތަކުންނަށް أمر ކުރާމީހުންނެވެ. އަދި ﷲ އެކަލާނގެ فضل ވަންތަވެރިކަމުގެތެރެއިން އެމީހުންނަށް ދެއްވި ތަކެތި ވަންހަނާ ކުރާމީހުންނެވެ. (އެއީ يهودي ންކަމުގައި ބުނެވެއެވެ. އެމީހުން بَخِيْلُ ވީކަމެއްކަމުގައިވަނީ توراة ގައިވާ رسول ﷲ ﷺ ގެ ސިފަފުޅުތަކާއި خبر ތައް މީސްތަކުންނަށް ނާންގައި ވަންހަނާ ކުރުމެވެ.) އަދި ކާފަރުވެއްޖެ މީސްތަކުންނަށް ތިމަންރަސްކަލާނގެ އިހާނާތްތެރި عذاب އެއް ތައްޔާރު ކުރެއްވީމެވެ.
-
4:38
وَٱلَّذِينَ يُنفِقُونَ أَمْوَٰلَهُمْ رِئَآءَ ٱلنَّاسِ وَلَا يُؤْمِنُونَ بِٱللَّهِ وَلَا بِٱلْيَوْمِ ٱلْـَٔاخِرِ ۗ وَمَن يَكُنِ ٱلشَّيْطَـٰنُ لَهُۥ قَرِينًا فَسَآءَ قَرِينًا
Wallaẓeena yuñfiq̣oona ʹamwaalahum riʹaaaʹan naasi wa-laa yuʹminoona billaahi wa-laa bil-Yawmil ʹAakhir. Wa-mañy yakunish shayṭaanu lahoo q̣areenañ fasaaaʹa q̣areenaa.
އަދި ތިމާމެންގެ މުދާތައް މީސްތަކުންނަށް ދެއްކުމަށް ހޭދަކުރާމީހުން، އަދި އެމީހުން ﷲ އަށް އީމާންނުވާ އަދިއެކަލާނގެ އެއްކައުވަންތަކަން قبول ނުކުރާ އަދި އެމީހުން آخرة ދުވަހަށްވިޔަސް އީމާންނުވާމީހުން (ދަންނައެވެ! އެމީހުންނަކީ شيطان އާގެ އެކުވެރިންނެވެ.) އަދި އެމީހެއްގެ އެކުވެރިޔާކަމުގައި شيطان އާ ވެއްޖެމީހާ (ދަންނައެވެ!) ހަމަކަށަވަރުން އެކުވެރިއެއްގެ ގޮތުން އޭނާ ނުބައިވެގެންވެއެވެ.
-
4:39
وَمَاذَا عَلَيْهِمْ لَوْ ءَامَنُوا۟ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَأَنفَقُوا۟ مِمَّا رَزَقَهُمُ ٱللَّهُ ۚ وَكَانَ ٱللَّهُ بِهِمْ عَلِيمًا
Wa-maaẓaa ʻalayhim law ʹaamanoo billaahi wal-Yawmil ʹAakhiri wa-ʹañfaq̣oo mimmaa razaq̣ahumul laah? Wa- kaanallaahu bihim ʻAleemaa.
އެމީހުން ﷲ އަށާއި އަދި آخرة ދުވަހަށް އީމާންވެ އަދި ﷲ އެމީހުންނަށް ދެއްވި رِزْقُ ން އެމީހުން ﷲ ގެމަގުގައި ހޭދަކުރިނަމަވެސް އެމީހުންގެމައްޗަށް އޮންނާނީ ކޮންކަމެއްހެއްޔެވެ؟ (އެމީހުންނަށް ވާނީ ކޮން ގެއްލުމެއްހެއްޔެވެ؟) އަދި ﷲ އީ އެމީހުންގެ އެންމެހައި ކަންތައް ދެނެވޮޑިގެންވާ ކަލަކުކަމުގައި ވެއެވެ.
-
4:40
إِنَّ ٱللَّهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ ۖ وَإِن تَكُ حَسَنَةً يُضَـٰعِفْهَا وَيُؤْتِ مِن لَّدُنْهُ أَجْرًا عَظِيمًا
ʹInnal laaha laa- yaz̤̣limu mis̤q̣aala z̤̣arrah: wa-ʹiñ taku ḥaṣanatañy yuḍaaʻifhaa wa-yuʻti mil ladunhu ʹajran ʻaz̤̣eemaa.
ހަމަކަށަވަރުން مِثْقَال އެއްގެ ބަރުމިނުގެ މިންވަރުވިޔަސް ﷲ އަނިޔާވެރިވެވޮޑި ނުގަންނަވައެވެ. އަދި އެ (عمل އަކީ) ހެޔޮ عمل އެއްކަމުގައިވަންޏާ އެކަލާނގެ އޭގެ ދަރުމަ އިތުރުކޮށްދެއްވައެވެ. އަދި އެކަލާނގެ حضرة ން ބޮޑުވެގެންވާ ދަރުމަ އެކަލާނގެ ދެއްވައެވެ. (އެއީ ސުވަރުގެޔާ އެތާނގެ نعمة ތަކެވެ.)
-
4:41
فَكَيْفَ إِذَا جِئْنَا مِن كُلِّ أُمَّةٍۭ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ هَـٰٓؤُلَآءِ شَهِيدًا
Fakayfa ʹiẓaa jiʹnaa miñ kulli ʹummatim bishaheediñw wa jiʹnaabika ʻalaa haaaʹulaaaʹi Shaheedaa?
އަދި ކޮންމެ أمّة އަކުން ތިމަންރަސްކަލަނގެ ހެކިވެރިއަކު ގެންނަވައި އަދި އެއެންމެންގެ މައްޗަށް ހެކިދިނުމަށް ކަލޭގެފާނު ގެންނަވައިފިއްޔާ ދެން ކަންތައްވާނީ ކޮންފަދައަކުންހެއްޔެވެ؟
-
4:42
يَوْمَئِذٍ يَوَدُّ ٱلَّذِينَ كَفَرُوا۟ وَعَصَوُا۟ ٱلرَّسُولَ لَوْ تُسَوَّىٰ بِهِمُ ٱلْأَرْضُ وَلَا يَكْتُمُونَ ٱللَّهَ حَدِيثًا
Yawmaʹiẓiñy yawad dullaẓeena kafaroo wa-ʻaṣawur Rasoola law tusawwaa bihimul ʹarḍ: wa-laa yaktumoonal laaha ḥadees̤aa!
އެދުވަހުން ކާފަރުވީ މީހުންނާއި رسول އާއަށް އުރެދުނުމީހުން ތިމާމެން ބިމުގެވެއްޔާ ހަމަހަމަވާނެނަމައޭ ހިތަށްއަރާނެއެވެ. އެކަމަށް ލޯބިކުރާނެއެވެ. އަދި ﷲ އަށް އެމީހުން އެއްވެސް ވާހަކައެއް ވަންހަނާ ނުކުރި ނަމައޭވެސް ހިތައް އަރާނެއެވެ.
-
4:43
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقْرَبُوا۟ ٱلصَّلَوٰةَ وَأَنتُمْ سُكَـٰرَىٰ حَتَّىٰ تَعْلَمُوا۟ مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِى سَبِيلٍ حَتَّىٰ تَغْتَسِلُوا۟ ۚ وَإِن كُنتُم مَّرْضَىٰٓ أَوْ عَلَىٰ سَفَرٍ أَوْ جَآءَ أَحَدٌ مِّنكُم مِّنَ ٱلْغَآئِطِ أَوْ لَـٰمَسْتُمُ ٱلنِّسَآءَ فَلَمْ تَجِدُوا۟ مَآءً فَتَيَمَّمُوا۟ صَعِيدًا طَيِّبًا فَٱمْسَحُوا۟ بِوُجُوهِكُمْ وَأَيْدِيكُمْ ۗ إِنَّ ٱللَّهَ كَانَ عَفُوًّا غَفُورًا
Yaaaʹayyuhal laẓeena ʹaamanoo laa- taq̣rabuṣ ṣalaata wa-ʹañtum sukaaraa ḥattaa taʻlamoo maa- taq̣ooloona wa-laa junuban ʹillaa ʻaabiree sabeelin ḥatta tag̣tasiloo. Wa-ʹiñ kuñtum marḍaaa ʹaw ʻalaa safarin ʹaw jaaaʹa ʹaḥadum miñkum minal g̣aaaʹiṭi ʹaw laamastumun niṣaaaʹa falam tajidoo maaaʹañ fatayammamoo ṣaʻeedañ ṭayyibañ famsaḥoo biwujoohikum wa-ʹaydeekum: ʹinnal laaha kaana ʻAfuwwan G̣afooraa.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ކަލޭމެން މަސްތުވެގެންވާ حال ކަލޭމެން ނަމާދައި ގާތްނުވާށެވެ. އެއީ ކަލޭމެން ކިޔާ ނުކިޔާއެއްޗެއް ކަލޭމެންނަށް އެނގޭން ދެންނެވެ. (އެވަރަށް ހޭވަރިވާންދެނެވެ.) އަދި جُنُبُ ވެރިވެގެންވާ حال ވެސް (ނަމާދުކުރާތަނާއި އެބަހީ މިސްކިތާ) ގާތްނުވާށެވެ. މިސްކިތަށް ނުވަންނާށެވެ. ހަމައެކަނި މަގުހުރަސްކޮށްލާ މީހަކު މެނުވީއެވެ. އެއީ ދަތުރުވެރިންފަދަ މީހުންނެވެ. އަދި ކަލޭމެންނީ ބަލިމީހުންކަމުގައިވަންޏާ ނުވަތަ ދަތުރެއްގެ މަތީގައިވަންޏާ ނުވަތަ ކަލޭމެންކުރެ މީހަކު ފާޚާނާކޮށްގެން އަތުވެއްޖެއްޔާ - ނުވަތަ ކަލޭމެން އަންހެނުންގައިގާ ބީހިއްޖެއްޔާ (އެއީ އެދުންވެރިކަމާއިއެކު ބީހުމެވެ. ނުވަތަ جماع ވުމެވެ.) ދެން ކަލޭމެން (طاهر ވެގަންނާނޭ!) ފެން ކަލޭމެންނަށް ނުފެނިއްޖެއްޔާ (ނުވަތަ ފެނުން إستعمال ކުރެވޭގޮތް ނުވެއްޖެއްޔާ) ދެން طاهر ވެލިން ކަލޭމެން تَيَمّم ކުރާށެވެ! ފަހެ ކަލޭމެންގެ މޫނުތަކުގައްޔާ ކަލޭމެންގެ އަތްތަކުގައި (އެވެލިން) ފުހޭށެވެ! ހަމަކަށަވަރުން ﷲ تعالى އީ عفوء ކުރެއްވުން ބޮޑު އަދި ގިނަގިނައިން ފާފަފުއްސަވާކަލަކު ކަމުގައި ވޮޑިގެންވިއެވެ.
-
4:44
أَلَمْ تَرَ إِلَى ٱلَّذِينَ أُوتُوا۟ نَصِيبًا مِّنَ ٱلْكِتَـٰبِ يَشْتَرُونَ ٱلضَّلَـٰلَةَ وَيُرِيدُونَ أَن تَضِلُّوا۟ ٱلسَّبِيلَ
ʹAlam tara ʹilal laẓeena ʹootoo naṣeebam minal Kitaabi yashtaroonaḍ ḍalaalata wa-yureedoona ʹañ taḍillus sabeel.
(އޭ رسول ﷲ އެވެ!) ފޮތުގެ ކޮންމެވެސްވަރެއް ދެވުނުމީހުންނަށް (އެބަހީ يهودي ންނާއި نصارى އިންނަށް) ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެމީހުން މަގުފުރެދުންގަންނަނީއެވެ. (އެއީ އެމީހުން حقّ ނު حقّ އަށް ބަދަލުކުރަނީއެވެ. އެމީހުންގެ ފޮތުން ރަނގަޅަށް އެނގެންއޮތް محمّد ﷺ ގެ ސިފަފުޅުތައް ވަންހަނާކޮށް، އަދި އެކަލޭގެފާނު އެއީ حقّ ނަބިއްޔާކަން އެނގިތިބުމާއެކުވެސް އެކަލޭގެފާނު ދޮގުކުރަނީއެވެ. އެމީހުން މަގުފުރެދުން ގަންނަކަމުގައި އެ وحي ކުރައްވަނީ އެހެންވެގެންނެވެ.) އަދި އެމީހުން އެދެނީ ކަލޭމެން (مؤمن ން) މަގުފުރައްދައިލާށެވެ.
-
4:45
وَٱللَّهُ أَعْلَمُ بِأَعْدَآئِكُمْ ۚ وَكَفَىٰ بِٱللَّهِ وَلِيًّا وَكَفَىٰ بِٱللَّهِ نَصِيرًا
Wallaahu ʹaʻlamu biʹaʻdaaaʹikum; wa-kafaa billaahi Waliyyañw Wakafaa billaahi Naṣeeraa.
އަދި ﷲ تعالى ކަލޭމެން مؤمن ންގެ عداوة ތެރިންގެ عداوة ތެރިކަމާއި ދެކޮޅުވެރިކަން މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ސަހަރޯވެރިއަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ. އަދި نصر ދެއްވާ نصر ވެރިއަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ.
-
4:46
مِّنَ ٱلَّذِينَ هَادُوا۟ يُحَرِّفُونَ ٱلْكَلِمَ عَن مَّوَاضِعِهِۦ وَيَقُولُونَ سَمِعْنَا وَعَصَيْنَا وَٱسْمَعْ غَيْرَ مُسْمَعٍ وَرَٰعِنَا لَيًّۢا بِأَلْسِنَتِهِمْ وَطَعْنًا فِى ٱلدِّينِ ۚ وَلَوْ أَنَّهُمْ قَالُوا۟ سَمِعْنَا وَأَطَعْنَا وَٱسْمَعْ وَٱنظُرْنَا لَكَانَ خَيْرًا لَّهُمْ وَأَقْوَمَ وَلَـٰكِن لَّعَنَهُمُ ٱللَّهُ بِكُفْرِهِمْ فَلَا يُؤْمِنُونَ إِلَّا قَلِيلًا
Minal laẓeena haadoo yuḥarrifoonal kalima ʻam mawaaḍiʻihee wa-yaq̣ooloona samiʻnaa wa-ʻaṣaynaa wasmaʻ g̣ayra musmaʻiñw waraaʻinaa lay-yam biʹalsinatihim waṭaʻnañ fid deen. Wa-law ʹannahum q̣aaloo samiʻnaa wa-ʹaṭaʻnaa wasmaʻ wañz̤̣urnaa lakaana khayral lahum wa-ʹaq̣wama wa-laakil laʻanahumul laahu bikufrihim falaa yuʹminoona ʹillaa q̣aleelaa.
އަދި ފޮތްދެވުނު يهودي ންގެތެރޭގައި (ބާވައިލެއްވި كلمة ނުވަތަ އެ كلمة ގެ މާނަ) ބަދަލުކުރާ މީހުންވެއެވެ. އަދި އެމީހުން ބުނެއެވެ. (رسول ﷲ އާއި مُخاطب ކޮށް އެމީހުން ބުނެއެވެ.) [އަހުރެމެން އަހައިފީމެވެ. އަދި އަހުރެމެން އުރެދިއްޖައީމެވެ. އަދި] ކަލޭގެފާނު އައްސަވާށެވެ. ކަލޭގެފާނަށް ނުއިވޭށިއެވެ! ﷲ ކަލޭގެފާނަށް ނުއިއްވާށިއެވެ! އަދި "ކަލޭގެފާނު އަހުރެމެންނަށް ބައްލަވާށޭ" މިހެން އޮތް عرب ބަސް އެމީހުން ބޭނުންކުރަނީ ހުތުރުއެއްޗެތިކިޔާ މާނައިގައެވެ. އެއީ رَاعِنَا އޭ އޮތް كلمة އެވެ. މި كلمة މިހާރު ﷲ ބަދަލުކުރައްވައި އޭގެ ބަދަލުގައި أُنْظُرْنَا މި كلمة ވާނީ ބާވައިލައްވާފައެވެ. ފަހެ އެމީހުން އެބާވަތުގެ كلمة ކިޔަނީ ދޫފުރޮޅުމުގެގޮތުންނެވެ. އަދި دين އަށް عَيْبُ ކިއުމުގެ ގޮތުންނެވެ. އަދި އެމީހުން (އޭގެބަދަލުގައި) އަހުރެމެން އަހައިފީމެވެ. އަދި އަހުރެމެން ކިޔަމަންތެރި ވެއްޖައީމެވެ. އަދި އައްސަވާށެވެ! އަދި އަހުރެމެންނަށް إنتظار ކުރައްވާށެވެ. މިހެން ބުނިނަމަ އެމީހުންނަށް މާހެޔޮވެފައި ސީދާކަން މާބޮޑުވީހެވެ. އަދި އެހެނެއްކަމަކު އެމީހުންގެ ކާފަރުކަމުގެ ސަބަބުން ﷲ އެމީހުންނަށް لعنة ލެއްވީއެވެ. ފަހެ އެމީހުން ދާދި މަދުންނޫނީ އީމާން ނުވެއެވެ.
-
4:47
يَـٰٓأَيُّهَا ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ ءَامِنُوا۟ بِمَا نَزَّلْنَا مُصَدِّقًا لِّمَا مَعَكُم مِّن قَبْلِ أَن نَّطْمِسَ وُجُوهًا فَنَرُدَّهَا عَلَىٰٓ أَدْبَارِهَآ أَوْ نَلْعَنَهُمْ كَمَا لَعَنَّآ أَصْحَـٰبَ ٱلسَّبْتِ ۚ وَكَانَ أَمْرُ ٱللَّهِ مَفْعُولًا
Yaaaʹayyuhal laẓeena ʹootul Kitaaba ʹaaminoo bimaa nazzalnaa muṣaddiq̣al limaa maʻakum miñ q̣abli ʹañ naṭmisa wujoohañ fanaruddahaa ʻalaaa ʹadbaarihaaa ʹaw nalʻanahum kamaa laʻannaaa ʹAṣḥaabas Sabt. Wa-kaana ʹamrul laahi mafʻoolaa.
އޭފޮތް ދެވުނު މީހުންނޭވެ! ކަލޭމެންނާއިއެކުވާ ފޮތް ތެދުކުރާ حال ތިމަންރަސްކަލާނގެ ބާވައިލެއްވި ތަކެއްޗަށް ކަލޭމެން އީމާންވާށެވެ. އެއީ މޫނުތަކެއް މުޅިން އަނދިރިކުރައްވާ އެމޫނުތައް އެހުރި ފަރާތްނޫން އަނެއްފަރާތަށް ތިމަންރަސްކަލާނގެ ބަދަލުކުރެއްވުމުގެ ކުރިންނެވެ. ނުވަތަ ހޮނިހިރުދުވަހުގެ އެކުވެރިންނަށް ތިމަންރަސްކަލާނގެ لعنة ލެއްވިފަދައިން ތިމަންރަސްކަލާނގެ لعنة ލެއްވުމުގެކުރިން ކަލޭމެން އީމާންވާށެވެ. (އެބަހީ މިކީރިތި قرآن އަށް ކަލޭމެން އީމާން ނުވެއްޖެއްޔާ ކަލޭމެންގެ މޫނުތައް ހުރިތަން ނޫން އަނެއްފަރާތަށް ބަދަލުކުރައްވައިފާހުށީމެވެ. ނުވަތަ ހޮނިހިރުދުވަހު ކެއޮޅުކަން ކުރި މީހުންނަށް لعنة ލެއްވިފަދައިން لعنة ލައްވާފާހުށީމެވެ.) އަދި ﷲ ގެ أمر ފުޅު އެއީ تَنْفِيْذُ ވެވޭނޭ އެއްޗެކެވެ.
-
4:48
إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا
ʹInnal laaha laa- yag̣firu ʹañy yushraka bihee wayag̣firu maa- doona ẓaalika limañy yashaaaʹ. Wa-mañy yushrik billaahi faq̣adif taraaa ʹis̤man ʻa-Z̤̣eemaa.
ހަމަކަށަވަރުން ﷲ تعالى އެކަލާނގެއާއި شريك ކުރި ފާފަ (قيامة ދުވަހުން) އެކަލާނގެ ނުފުއްސަވާނެއެވެ. އަދި އެހެނިހެން ފާފަ އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ފުއްސަވާނެއެވެ. އަދި ﷲ އަށް شريك ކުރިމީހާ ހަމަކަށަވަރުން އެއުފައްދައިގަތީ ބޮޑުވެގެންވާ ފާފައެކެވެ.
-
4:49
أَلَمْ تَرَ إِلَى ٱلَّذِينَ يُزَكُّونَ أَنفُسَهُم ۚ بَلِ ٱللَّهُ يُزَكِّى مَن يَشَآءُ وَلَا يُظْلَمُونَ فَتِيلًا
ʹAlam tara ʹilal laẓeena yuzakkoona ʹañfusahum? Balil laahu yuzakkee mañy yashaaaʹu wa-laa yuz̤̣lamoona fateela.
ތިމާމެންގެ نفس ތައް ތިމާމެން އަމިއްލައަށް طاهر ކޮށް ކުށުން ބަރީއަކުރާމީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ (އެއީ يهودي ންނެވެ. އެމީހުން އެބުނަނީ އަހުރެމެންނަކީ ﷲ ގެ ދަރިންނެވެ. އަދިއެކަލާނގެ ލޯބިވެވޮޑިގަންނަވާ މީހުންނެވެ.) އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ (طاهر ކޮށް ކުށުން ބަރީއަ ކުރައްވަނީ ﷲ އެވެ.) އެކަލާނގެ އިރާދަކުރެއްވި އަޅަކު އެކަލާނގެ طاهر ކުރައްވައެވެ. އަދި فَتِيْلَة އެއްގެ މިންވަރުވެސް އެމީހުންނަށް އަނިޔާ ނުވެވޭނެއެވެ. (فَتِيْلَة އަކީ ކަދުރު ނޮޅައިލީމާ އޮށުގެ ފެޅުނު ދިމާ މަތީގައިވާ ފަށްވަރެވެ.)
-
4:50
ٱنظُرْ كَيْفَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ ۖ وَكَفَىٰ بِهِۦٓ إِثْمًا مُّبِينًا
ʹUñz̤̣ur kayfa yaftaroona ʻalal laahil kaẓib! wa-kafaa biheee ʹiṣmam mubeenaa!
(އޭ رسول ﷲ އެވެ!) އެމީހުން ﷲ އަށް ދޮގުހަދަނީ ކޮންފަދައަކުންކަން ކަލޭގެފާނު ނިކަން ބައްލަވާށެވެ! އަދި އެކަން އެއީ ބޮޑުވެގެންވާ ފާފައެއްކަމުގައި ފުދެއެވެ.
-
4:51
أَلَمْ تَرَ إِلَى ٱلَّذِينَ أُوتُوا۟ نَصِيبًا مِّنَ ٱلْكِتَـٰبِ يُؤْمِنُونَ بِٱلْجِبْتِ وَٱلطَّـٰغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا۟ هَـٰٓؤُلَآءِ أَهْدَىٰ مِنَ ٱلَّذِينَ ءَامَنُوا۟ سَبِيلًا
ʹAlam tara ʹilal laẓeena ʹootoo naṣeebam minal Kitaabi yuʹminoona bil-Jibti waṭ-Ṭaag̣ooti wa-yaq̣ooloona lillaẓeena kafaroo haaaʹulaaaʹi ʹahdaa minal laẓeena ʹaamanoo sabeelaa?
ފޮތުން މިންވަރެއް ދެވުނުމީހުންނަށް (يهودي ންނަށް) ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ (އެމީހުންގެ ކަންތައް ހުރިގޮތް ނިކަން ބައްލަވާށެވެ!) އެމީހުން އެ އީމާންވަނީ جِبْت އާއި طَاغُوت އަށެވެ. (جِبْت އަކީ سِحْر އެވެ. طَاغُوت އަކީ شيطان އާއެވެ. / ނުވަތަ އެއީ އެދެނަމުގައިވާ ދެބުދެވެ. ނުވަތަ މި ދެ كلمة އިން މުރާދުކުރެވެނީ يهودي ންގެ حُيَيُّ بنُ أخْطَب އާއި كَعْبُ بن أَشْرف އެވެ. އަދި އެހެން ގޮތްގޮތަށްވެސް ކިޔާފައިވެއެވެ. والله أعلم بالصّواب) އަދި ކާފަރުވީމީހުންނަށް އެމީހުން ބުނަނީ އީމާންވީ މީހުންނަށްވުރެން މިކާފަރުން މާހެޔޮވެފައި ތެދުމަގުގައިވުން ބޮޑެވެ.
-
4:52
أُو۟لَـٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ ۖ وَمَن يَلْعَنِ ٱللَّهُ فَلَن تَجِدَ لَهُۥ نَصِيرًا
ʹUlaaaʹikal laẓeena laʻanahumul laah: wa-mañy yalʻanil laahu falañ tajida lahoo naṣeeraa.
އެމީހުން އެއީ (އެބަހީ جِبْت އާއި طَاغُوت އަށް އީމާންވާމީހުން އެއީ) ﷲ އެމީހުންނަށް لعنة ލައްވާފައިވާ ބައެކެވެ. އަދި ﷲ އެބައެއްގެ މައްޗަށް لعنة ލެއްވި މީހަކަށް نصر ދޭނޭ އެކަކުވެސް ކަލޭގެފާނު ދެކެވަޑައި ނުގަންނަވާނެއެވެ.
-
4:53
أَمْ لَهُمْ نَصِيبٌ مِّنَ ٱلْمُلْكِ فَإِذًا لَّا يُؤْتُونَ ٱلنَّاسَ نَقِيرًا
ʹAm lahum naṣeebum minal mulki faʹiẓal laa yuʹtoonan naasa naq̣eeraa?
އަދި ނުވަތަ އެމީހުންނަށް ވެރިކަމާއި މުދަލުގެތެރެއިން ކޮންމެވެސް މިންވަރެއް ލިބިގެންވަނީހެއްޔެވެ؟ އެހެންކަމަށްވަންޏާ އެމީހުން މީސްތަކުންނަށް (ނުވަތަ رسول ﷲ ﷺ އަށް) نقير އެއްގެ މިންވަރުވެސް ނުދިނީހެވެ. (نقيرއަކީ ކަދުރު ނޮޅައިލީމާ އޭގެ އަޑީގައިވާ އޮށުގެ ބުރިކަށިފަރާތުގައި އިންނަ ހިމަލޯވަޅެކެވެ. ވިދެކެވެ.)
-
4:54
أَمْ يَحْسُدُونَ ٱلنَّاسَ عَلَىٰ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ ۖ فَقَدْ ءَاتَيْنَآ ءَالَ إِبْرَٰهِيمَ ٱلْكِتَـٰبَ وَٱلْحِكْمَةَ وَءَاتَيْنَـٰهُم مُّلْكًا عَظِيمًا
ʹAm yaḥsudoonan naasa ʻalaa maaa ʹaataahumul laahu miñ faḍlih? Faq̣ad ʹaataynaaa ʹAala ʹIbraaheemal Kitaaba wal-Ḥikmata wa-ʹaataynaahum mulkan ʻa-Z̤̣eemaa.
ނުވަތަ އެމީހުން މީސްތަކުންނަށް ﷲ އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން ދެއްވާފައިވާ ތަކެއްޗަށް حسد ވެރިވަނީހެއްޔެވެ. (މިއާޔަތުގައި މީސްތަކުންނޭ އޮތްބަސްފުޅުގެ މާނައީ ހަމަސީދާ رسول ﷲ ﷺ އެވެ. އެކަލޭގެފާނަށް އެދެއްވި އެއްޗަކީ نبي ކަމެވެ. ވީމާ: އެމީހުން އެކަލޭގެފާނުންގެ نبي ކަމަށް حسد ވެރިވަނީހެއްޔެވެ.) ފަހެ ހަމަކަށަވަރުން إبراهيم عليه السّلام އަށާއި އެކަލޭގެފާނުންގެ آل ންނަށް - އެބަހީ އެކަލޭގެފާނަށް އީމާންވެ تبع ވީމީހުންނަށް ތިމަންރަސްކަލާނގެ ފޮތާއި حكمة ދެއްވީމެވެ. (މިބައިމީހުން އެމީހުންނަށް حسد ވެރިނުވަނީ ކީއްވެބާވައެވެ؟ محمّد ގެފާނަށް نبي ކަންދެއްވީމާ حسد ވެރިވާންވީ ކީއްވެގެންހެއްޔެވެ؟) އަދި އެމީހުންނަށް ތިމަންރަސްކަލާނގެ ބޮޑުވެގެންވާ ވެރިކަމާއި ތަކެތިދެއްވީމެވެ. (سليمان عليه السّلام އަށްދެއްވިފަދަ ވެރިކަމެވެ.) والله أعلم.
-
4:55
فَمِنْهُم مَّنْ ءَامَنَ بِهِۦ وَمِنْهُم مَّن صَدَّ عَنْهُ ۚ وَكَفَىٰ بِجَهَنَّمَ سَعِيرًا
Faminhum man ʹaamana bihee wa-minhum mañ ṣadda ʻanh: wa-kafaa bi-Jahannama saʻeeraa.
ފަހެ އެމީހުންގެތެރޭގައި އެބަހީ: يهودي ންގެތެރޭގައި އެކަލޭގެފާނަށް (އެބަހީ محمّد ﷺ އަށް) އީމާންވީ މީހުންވެއެވެ. އަދި އެމީހުންގެތެރޭގައި އެކަލޭގެފާނަށް އީމާންނުވެ އެނބުރިފުރަގަސް ދިންމީހުން ވެއެވެ. އަދި ނަރަކަ އެއީ (ދޮގުވެރިންނަށް) އަލިފާނަކަށް ފުދޭވަރު ތަނެކެވެ.
-
4:56
إِنَّ ٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَـٰهُمْ جُلُودًا غَيْرَهَا لِيَذُوقُوا۟ ٱلْعَذَابَ ۗ إِنَّ ٱللَّهَ كَانَ عَزِيزًا حَكِيمًا
ʹInnal laẓeena kafaroo biʹAayaatinaa sawfa nuṣleehim Naaraa. kullamaa naḍijat julooduhum baddalnaahum juloodan g̣ayrahaa liyaẓooq̣ul ʻaẓaab: ʹinnal laha kaana ʻAzeezan Ḥakeemaa.
ހަމަކަށަވަރުން ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފަރުވީ މީސްތަކުން (ދަންނައެވެ!) ނިކަންހުރެ ތިމަންރަސްކަލާނގެ އެމީހުން ނަރަކައަށް ލާހުށީމެވެ. އަދި އެމީހުންގެ ގައިގެ ހަންތައް ފިހެވި ފައްކާވާ ކޮންމެ ހިނދެއްގައި އެމީހުންނަށް އެނޫން އެހެން އައު ހަން ތިމަންރަސްކަލާނގެ ބަދަލުކުރައްވާހުށީމެވެ. އެއީ عذاب ގެ ރަހަ އެމީހުން ލިބިގަތުމަށެވެ. ހަމަކަށަވަރުން ﷲ تعالى އީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ. (ދަންނައެވެ! އިންސާނާގެ ހަމަކީ އަސަރުތައް إحساس ކުރުމުގެ އެންމެބޮޑު ތަނެވެ. އެހެންވެ ނަރަކަވަންތަވެރިންގެ ހަންގަނޑު އެއްފަހަރު ފިހި އަނދާ ދިއުމުން އަނެއްކާވެސް އާހަންގަނޑު ފިހިއަނދާ ފިހެވިވުމީ عذاب ގެ ކޮޅުނެތްކޮޅެވެ. ﷲ އަޅަމެން އެތަނުން ސަލާމަތްކުރައްވާށިއެވެ. آمين)
-
4:57
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَنُدْخِلُهُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًا ۖ لَّهُمْ فِيهَآ أَزْوَٰجٌ مُّطَهَّرَةٌ ۖ وَنُدْخِلُهُمْ ظِلًّا ظَلِيلًا
Wallaẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati sanudkhiluhum Jannaatiñ tajree miñ taḥtihal ʹanhaaru khaalideena feehaaa ʹabadaa: lahum feehaaa ʹazwaajum muṭahharah: wa-nudkhiluhum z̤̣illañ z̤̣aleelaa.
އަދި އީމާންވެގެން صالح عمل ކުރިމީހުން (ދަންނައެވެ!) ނިކަންހުރެ އެތަންތާނގެ ދަށުން އާރުތައް ހިނގަހިނގާ އޮންނަ ބަގީޗާތަކަކަށް (ސުވަރުގެތަކަށް) ތިމަންރަސްކަލާނގެ އެމީހުން ވައްދަވާހުށީމެވެ. އެމީހުން އެތާ ދާއިމީގޮތެއްގައި ތިބޭގޮތަށެވެ. އަދި އެތާނގައި އެމީހުންނަށް طاهر ވެގެންވާ އަނބީންތައް ވެއެވެ. އަދި ބޯހިޔާނގަޑަކަށް ނުވަތަ ދާއިމީ ހިޔާގަނޑަކަށް ތިމަންރަސްކަލާނގެ އެމީހުން ވައްދަވާހުށީމެވެ.
-
4:58
۞ إِنَّ ٱللَّهَ يَأْمُرُكُمْ أَن تُؤَدُّوا۟ ٱلْأَمَـٰنَـٰتِ إِلَىٰٓ أَهْلِهَا وَإِذَا حَكَمْتُم بَيْنَ ٱلنَّاسِ أَن تَحْكُمُوا۟ بِٱلْعَدْلِ ۚ إِنَّ ٱللَّهَ نِعِمَّا يَعِظُكُم بِهِۦٓ ۗ إِنَّ ٱللَّهَ كَانَ سَمِيعًۢا بَصِيرًا
ʹInnal laaha yaʹmurukum ʹañ tuʹaddul ʹamaanaati ʹilaaa ʹahlihaa wa-ʹiẓaa ḥakamtum̃ baynan naasi ʹañ taḥkumoo bil-ʻadl! ʹInnal laaha niʻimmaa yaʻiz̤̣ukum̃ bih! ʹInnal laaha kaana Sameeʻam Baṣeeraa.
(އޭ މީސްތަކުންނޭވެ!) ހަމަކަށަވަރުން އަމާނާތްތައް އޭގެ أهل ވެރިންނަށް އަދާކުރުމަށް ﷲ تعالى ކަލޭމެނަށް أمر ކުރައްވައެވެ. އަދި މީސްތަކުންގެމެދުގައި ކަލޭމެން حكم ކުރަންޏާ عدل ވެރިކޮށް حكم ކުރުމަށްވެސް އެކަލާނގެ أمر ކުރައްވައެވެ. އެފަދަ ކަންކަންކަމުން ކަލޭމެންނަށް އެކަލާނގެ وعظ އާއި نصيحة ދެއްވުންއެއީ އެކަލާނގެ ދެއްވާ ބޮޑު نعمة އެކެވެ. (އެކަމުގައި ހުރި ރަނގަޅުކަމާއެވެ!) ހަމަކަށަވަރުން ﷲ تعالى އީ އައްސަވާވޮޑިގެންވާ ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.
-
4:59
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْ ۖ فَإِن تَنَـٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا
Yaaaʹayyuhal laẓeena ʹaamanooo ʹaṭeeʻul laaha wa-ʹaṭeeʻur Rasoola wa-ʹulil ʹamri miñkum. Faʹiñ tanaazaʻtum fee shayʹiñ faruddoohu ʹilal laahi war-Rasooli ʹiñ kuntum tuʹminoona billaahi wal-Yawmil ʹAakhir. Ẓaalika khayruñw waʹaḥsanu taʹweelaa.
އޭ އީމާންވެއްޖެ މީހުންނޭވެ! ކަލޭމެން ﷲ އަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން رسول އާއަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެންގެ ކަންކަމުގެ ވެރިންނަށްވެސް (ކިޔަމަންވާށެވެ!) (ވެރިންނަށް ކިޔަމަންވުމުގައި ދެތިން شرط އެއްވެއެވެ. އެއީ ﷲ އަށް އުރެދެވޭ ކަމަކަށް އޭނާ އަމުރު ނުކުރުން - عَدْل އަށް އޭނާ حكم ކުރުން - مسلم ންނަށް މަންފާ ކުރާކަމަކަށް އަމުރުކުރުން - ފަހެ ﷲ އަށް އުރެދެވޭ ކަމަކަށް އޭނާ އަމުރުކުރިޔަސް އެ އަމުރަށް ކިޔަމަންވުމެއްނެތެވެ. އެނޫން حالت ގައި އޭނާއަށް ކިޔަމަންވުން واجب އެވެ.) ދެންފަހެ ކަލޭމެންގެތެރޭގައި ކަމަކާމެދު (خاصّ ކޮށް دين ގެކަމަކާމެދު) ދެބަސްވެ އަރައިރުން ވަންޏާ ކަލޭމެން އެކަމެއް ﷲ އަށް ރައްދުކުރާށެވެ! (އެބަހީ ﷲ ގެ ފޮތުގައި އެކަން އޮތްގޮތެއް ބަލައި އެއޮތްގޮތަކަށް ހަދާށެވެ! އޭގައިވާ ގޮތަކަށް ހަދާށެވެ.) އަދި رسول އާ އަށް ރައްދުކުރާށެވެ! (އެބަހީ އެކަމުގައި رسول ﷲ ﷺ ވިދާޅުވިގޮތެއް ބަލައި އެގޮތަށް ހަދާށެވެ!) އެހެން ހަދަންޖެހެނީ ކަލޭމެން ﷲ އަށާއި آخرة ދުވަހަށް އީމާންވެގެންވަންޏާއެވެ. (އެބަހީ ﷲ އަށާއި آخرة އަށް އީމާންވެގެންވާ ބަޔަކުވިއްޔާ دين ގެ ހުރިހާކަމެއް ކުރަންވާނީ ﷲ ގެ ފޮތާއި رسول އާގެ سنّة ގައި ވާގޮތަށެވެ. قرآن އާއި حديث ން ފެންނަގޮތަށެވެ. مذهب އެއްގައި އޮތްގޮތަކަށްނޫނެވެ. مذهب އަށް އަޅުކަންކުރުމީ ﷲ ގެ أمر ފުޅެއްނޫނެވެ. އަދި رسول އާގެ އަމުރުފުޅެއްނޫނެވެ. އަދި مذهب އެއްގެ إمام އެއްގެ އަމުރެއްވެސް ނޫނެވެ. އެއީ އަރައިގެންއުޅޭ އޮޅުމެކެވެ.) ދެންފަހެ އެދެ أصل ގައިވާގޮތަށް ހެދުން އެއީ އެންމެހެޔޮ ރަނގަޅު ގޮތެވެ. އަދި حقّ އަށް رجوع ވުމުގެ އެންމެ ހެޔޮގޮތެވެ.
-
4:60
أَلَمْ تَرَ إِلَى ٱلَّذِينَ يَزْعُمُونَ أَنَّهُمْ ءَامَنُوا۟ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوٓا۟ إِلَى ٱلطَّـٰغُوتِ وَقَدْ أُمِرُوٓا۟ أَن يَكْفُرُوا۟ بِهِۦ وَيُرِيدُ ٱلشَّيْطَـٰنُ أَن يُضِلَّهُمْ ضَلَـٰلًۢا بَعِيدًا
ʹAlam tara ʹilal laẓeena yazʻumoona ʹannahum aamanoo bimaaa ʹuñzila ʹilayka wa-maaa ʹuñzila miñ q̣ablika yureedoona ʹañy yataḥaakamooo ʹilaṭ Ṭaag̣ooti wa-q̣ad ʹumirooo ʹañy yakfuroo bih. Wayureedush Shayṭaanu ʹañy yuḍillahum ḍalaalam baʻeedaa.
(އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗަށާއި އަދި ކަލޭގެފާނުންގެ ކުރީގައި ބާވައިލެއްވި ތަކެއްޗަށްވެސް އީމާންވެގެންވާ ކަމުގައި ހީކުރާ ބަޔަކަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެމީހުން އެ އެދެނީ طاغوت ގެ ފަރާތުން حكم ހޯދުމަށެވެ. އަދި ހަމަކަށަވަރުން އެމީހުންނަށް أَمْرُ ވެވިގެންވަނީ طاغوت އަށް ކާފަރުވާށެވެ. އޭގެފަރާތުން حكم ނުހޯދުމަށެވެ. އަދި شيطان އާ އެދެނީ އެމީހުން ވަރަށް ދުރު މަގުފުރެދުމަކުން މަގުފުރައްދައިލާށެވެ. އޮޅުވައިލާށެވެ.
-
4:61
وَإِذَا قِيلَ لَهُمْ تَعَالَوْا۟ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ رَأَيْتَ ٱلْمُنَـٰفِقِينَ يَصُدُّونَ عَنكَ صُدُودًا
Wa-ʹiẓaa q̣eela lahum taʻaalaw ʹilaa maaa ʹañzalal laahu wa-ʹilar Rasooli raʹaytal Munaafiq̣eena yaṣuddoona ʻañka ṣudoodaa.
އަދި އެމީހުންނަށް ކަލޭމެންގެ ﷲ ގެ ފޮތުގައިވާގޮތަށާއި އަދި رسول އާ ވިދާޅުވާގޮތަކަށް حكم ކުރަން ދަމާއަންނާށޭ ބުނެވިއްޖެއްޔާ ކަލޭގެފާނު ދެކެވަޑައިގަންނަވާނީ އެ منافق ންގެމީހުން ކަލޭގެފާނާއި ދުރުވެ މަނާވެގަންނާތީއެވެ.
-
4:62
فَكَيْفَ إِذَآ أَصَـٰبَتْهُم مُّصِيبَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ ثُمَّ جَآءُوكَ يَحْلِفُونَ بِٱللَّهِ إِنْ أَرَدْنَآ إِلَّآ إِحْسَـٰنًا وَتَوْفِيقًا
Fakayfa ʹiẓaaa ʹaṣaabathum muṣeebatum bimaa q̣addamat ʹaydeehim s̤umma jaaaʹooka yaḥlifoona billaahi ʹin ʹaradnaaa ʹillaaa iḥsaanañw watawfeeq̣aa!
ފަހެ އެމީހުންގެ އަތްތައް އިސްކޮށްފައިވާ ކަންތަކުގެ ސަބަބުން (އެބަހީ طاغوت ގެފަރާތުން حكم ހޯދުމުގެ ސަބަބުން ފާފަވެރިވެގެން) ﷲ ގެ ކޯފާއެއް އެމީހުނަށް އަތުވެއްޖެއްޔާ ދެން އެމީހުން ކަލޭގެފާނުންގެ އަރިހަށް އައިސް ﷲ ގަންދީ ހުވައިކޮށްފައި ބުނާނެއެވެ. އަހުރެމެން އެކަމުގައި (އެބަހީ طاغوت ގެފަރާތުން حكم ހޯދުމުގައި) ހަމަރަނގަޅު ގޮތްމެނުވީ އަދި ދެފަރާތް އެއްބަސްވެ ހަމަޖެހުންމެނުވީ ނޭދެމެވެ.
-
4:63
أُو۟لَـٰٓئِكَ ٱلَّذِينَ يَعْلَمُ ٱللَّهُ مَا فِى قُلُوبِهِمْ فَأَعْرِضْ عَنْهُمْ وَعِظْهُمْ وَقُل لَّهُمْ فِىٓ أَنفُسِهِمْ قَوْلًۢا بَلِيغًا
ʹUlaaaʹikal laẓeena yaʻla mullaahu maa- fee q̣uloobihim faʹaʻriḍ ʻanhum wa-ʻiẓhum wa-q̣ul lahum feee ʹañfusihim q̣awlam baleeg̣aa.
އެމީހުންނަކީ (އެބަހީ އެ منافق ންނަކީ) އެމީހުންގެ ހިތްތަކުގައިވާ (حقّ އާއި ދުރަށް ލެނބުމާއި نفاق ކަމުގެ) އެންމެހައި ތަކެތި ﷲ ދެނެވޮޑިގެންވާ ބައެކެވެ. ފަހެ ކަލޭގެފާނު އެމީހުންކުރާ ކަންތަކަށް ނުބައްލަވައި އެމީހުންގެ ކިބައިން އެނބުރިވަޑައިގަންނަވާށެވެ! އަދި އެމީހުންނަށް وعظ އާއި نصيحة ދެއްވާށެވެ! އަދި އެހެންމީހުންނާއި ނުލައި ހަމައެކަނި އެމީހުންނަށް / ނުވަތަ އެމީހުންގެ نفس ތަކުގެ حقّ ގައި ކަލޭގެފާނު އެމީހުންނަށް އަސަރުކުރާފަދަ بلاغة ތެރި ބަސްފުޅު ވިދާޅުވާށެވެ.
-
4:64
وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ ٱللَّهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوٓا۟ أَنفُسَهُمْ جَآءُوكَ فَٱسْتَغْفَرُوا۟ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُوا۟ ٱللَّهَ تَوَّابًا رَّحِيمًا
Wa-maaa ʹarsalnaa mir Rasoolin ʹillaa liyuṭaaʻa biʹIẓnil laah. Wa-law ʹannahum ʹiz̤̣ z̤̣alamooo ʹañfusahum jaaaʹooka fastag̣farul laaha wastag̣fara lahumur Rasoolu lawajadul laaha Tawwaabar Raḥeemaa.
(އޭ رسول ﷲ އެވެ!) އަދި ތިމަންރަސްކަލާނގެ އެއްވެސް رسول ބޭކަލަކު ﷲ ގެ އިޒުނަފުޅަށް އެބޭކަލަކަށް މީސްތަކުން ކިޔަމަންތެރިވުމަށް މެނުވީ ނުފޮނުއްވަމެވެ. (ކަލޭގެފާނުވެސް ތިޔައީ އެފަދަ رسول ބޭކަލެކެވެ. ކަލޭގެފާނަށް ކިޔަމަންވުންވަނީ ކަލޭގެފާނުންގެ قوم ގެމީހުންނަށް فرض ވެފައެވެ.) އަދި އެމީހުން (طاغوت ގެ ފަރާތުން حكم އަށް އެދިގަތުމުގެ ސަބަބުން) އެމީހުންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވީހިނދު އެމީހުން ކަލޭގެފާނުންގެ އަރިހަށްއައިސް ދެން އެމީހުންގެ ފާފަ ފުއްސެވުމަށް ﷲ ގެ حضرة ގައި އެމީހުން އެދި އަދި އެމީހުންގެ ފާފަފުއްސަވައިދެއްވުމަށް رسول އާ އެދިވަޑައިގެންފިއްޔާ ހަމަކަށަވަރުން ﷲ އީ توبة ލެއްވުން ބޮޑު ގިނަގިނައިން رحمة ލައްވާކަލަކުކަމުގައި އެމީހުން ދެކޭނެއެވެ. (އެމީހުންނަށް އެކަން ރަނގަޅަށް އެނގޭނެއެވެ.) • މިއާޔަތުން މިދަލީލުކުރަނީ ކިތަންމެބޮޑު ފާފައެއްކުރެވުނަސް ﷲ ގެ حضرة ގައި އެފާފަ ފުއްސެވުމަށް އެދި توبة ވެއްޖެނަމަ އެކަމެއް އެކަލާނގެ އިރާދަކުރެއްވި ފަރާތަކަށް ފުއްސަވައިފާނޭކަމެވެ. والله أعلم.
-
4:65
فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا
Falaa Wa-Rabbika laa- yuʹminoona ḥattaa yuḥakkimooka fee-ma shajara baynahum s̤umma laa- yajidoo feee ʹañfusihim ḥarajam mimmaa q̣aḍayta wa-yusal-limoo tasleemaa.
ފަހެ ކަލޭގެފާނުންގެ ربّ ގަންދެއްވައި ހުވައި وحي ކުރައްވަނީ: އެމީހުންގެމެދުގައި (އެބަހީ އެންމެންގެ މެދުގައިވެސް) ދެބަސްވެވި އަރައިރުން ވެވޭކަންކަމުގައި އެމީހުންނަށް حكم ކުރާމީހަކުކަމުގައި ކަލޭގެފާނު ހަދައި، އަދި ކަލޭގެފާނު ދެން އެކުރެއްވި حكم އަކާއިމެދު ކުރެއްވި ނިޔާއަކާއިމެދު (އެމީހުން ހިތްހަމަޖެހި) އެމީހުންގެ ހިތުގައި އެއްވެސް ނުރުހުމެއް ހިތްބަރުވުމެއްނެތި އެތެރެފުށާއި ބޭރުފުށުން އެމީހުން ރުހި قبول ވެ ކިޔަމަންތެރިވެއްޖައުމަށްދާން އެމީހުން އީމާންނުވެއެވެ. • ދަންނަވަންތޯއެވެ. މިއީ ވަރަށްބޮޑު މައްސަލައެކެވެ. އިސްލާމްދީނުގެ حكم އަކަށް ހިތްހަމަނުޖެހުނު މީހާގެ އީމާކަންވެސް ސަލާމަތަކުން ނެތެވެ. އެހެންވީއިރު ދީނުގެ حكم ތައް ކަމުނުގޮސްގެން އެހެން حكم ތަކެއްހަދައި تنفيذ ކުރާމީހުންނާމެދު ތިޔަބޭފުޅުންގެ خيال އަކީ ކޮބައިތޯއެވެ؟ މިއަކީ މީހަކު ޖަވާބުދޭންޖެހޭކަމެއްވެސްނޫނެވެ. ހަތްވަނަ އުޑުގެވެސް މަތިން އެވަނީ އޭގެ جواب ބާވައިލައްވާފައެވެ. ﷲ ގަންދެއްވައި އެ وحي ކުރައްވަނީ އެމީހުން އީމާންނުވާކަމަށެވެ. އިސްލާމްދީނާއި ދިމާނުވާ وَضْعِى قانون ތައް މި حكم ގެތެރެއަށް ނުވަދެނުދާނެ އިނގޭތޯއެވެ.
-
4:66
وَلَوْ أَنَّا كَتَبْنَا عَلَيْهِمْ أَنِ ٱقْتُلُوٓا۟ أَنفُسَكُمْ أَوِ ٱخْرُجُوا۟ مِن دِيَـٰرِكُم مَّا فَعَلُوهُ إِلَّا قَلِيلٌ مِّنْهُمْ ۖ وَلَوْ أَنَّهُمْ فَعَلُوا۟ مَا يُوعَظُونَ بِهِۦ لَكَانَ خَيْرًا لَّهُمْ وَأَشَدَّ تَثْبِيتًا
Wa-law ʹannaa katabnaa ʻalayhim ʹaniq̣ tulooo ʹanfusakum ʹawikh rujoo miñ diyarikum maa faʻaloohu ʹillaa q̣aleelum minhum: wa-law ʹannahum faʻaloo maa- yooʻaz̤̣oona bihee lakaana khayral lahum wa-ʹashadda tas̤beetaa;
އަދި ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް (އެބަހީ طَاغُوت ގެ حكم ހޯދުމަށް އެދުނުމީހުންނަށް) އެމީހުން އެމީހުންގެ نفس ތައް މެރުމަށް ނުވަތަ އެމީހުން އެމީހުންގެ ގޯތިގެދޮރުތަކުން ނުކުމެގެން ދިއުމަށް ތިމަންރަސްކަލާނގެ فرض ކުރައްވާ ކަނޑައެޅުއްވިނަމަ ހަމަކަށަވަރުން އޭގެ މަދުބަޔަކުމެނުވީ އެކަންނުކުރީހެވެ. އަދި އެމީހުންނަށް وعظ އާއި نصيحة ދެވޭ ކަންތައް އެމީހުންކުރިނަމަ (އެބަހީ ﷲ އަށް ކިޔަމަންވެ އެމީހުންނަށް މަނާކުރެވުނު ކަންތަކުން އެމީހުން މަނާވެގަތްނަމަ) ހަމަކަށަވަރުން އެމީހުންނަށް އެކަންހެޔޮވެގެންވެއެވެ. އަދި އީމާންކަން ސާބިތުވުމުގެގޮތުން މާގަދަވީހެވެ.
-
4:67
وَإِذًا لَّـَٔاتَيْنَـٰهُم مِّن لَّدُنَّآ أَجْرًا عَظِيمًا
Wa-ʹiẓal laʹaataynaahum mil ladunnaaa ʹajran ʻaz̤̣eemaa;
އަދި އޭރުން ތިމަންރަސްކަލާނގެ حضرة ން އެމީހުންނަށް ބޮޑުވެގެންވާ ދަރުމަ ތިމަންރަސްކަލާނގެ ދެއްވާ ހުށީމެވެ.
-
4:68
وَلَهَدَيْنَـٰهُمْ صِرَٰطًا مُّسْتَقِيمًا
Wa-la-hadynaahum Ṣiraaṭam Mustaq̣eema.
އަދި ހަމަކަށަވަރުން ސީދާވެގެންވާ ތެދުމަގަށް ތިމަންރަސްކަލާނގެ އެމީހުންނަށް މަގުދައްކަވާ ހުށީމެވެ.
-
4:69
وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُو۟لَـٰٓئِكَ مَعَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّـۧنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّـٰلِحِينَ ۚ وَحَسُنَ أُو۟لَـٰٓئِكَ رَفِيقًا
Wa-mañy yuṭiʻil laaha war-Rasoola faʹulaaaʹika maʻal laẓeena ʹanʻamal laahu ʻalayhim minan Nabiyeena waṣ-Ṣiddeeq̣eena wash-Shuhadaaaʹi waṣ-Ṣaaliḥeen: waḥasuna ʹulaaʹika Rafeeq̣aa.
އަދި ﷲ އަށާއި رسول އާއަށް ކިޔަމަންތެރިވެއްޖެމީހުން (ދަންނައެވެ.) ހަމަކަށަވަރުން އެމީހުންވާހުށީ (قيامة ދުވަހުން) ﷲ އެބޭކަލުންގެމައްޗަށް نعمة ލެއްވި ބޭކަލުންކަމުގައިވާ نبي ބޭކަލުންނާ صدّيق ންނާއި شهيد ންނާ އަދި صالح މާތްމީހުންނާއި އެކުގައެވެ. (ސުވަރުގޭގައެވެ.) އަދި އެކުވެރިންގެގޮތުގައިވުމަށް އެބޭކަލުން ރަނގަޅުވެގެންވެއެވެ.
-
4:70
ذَٰلِكَ ٱلْفَضْلُ مِنَ ٱللَّهِ ۚ وَكَفَىٰ بِٱللَّهِ عَلِيمًا
Ẓaalikal Faḍlu minal laah: wa-kafaa billaahi ʻAleemaa.
އެމާތްކަމާއި އެ فضل ވަންތަކަމަކީ ﷲ ގެ حضرة ންދެއްވާ ދެއްވުމެކެވެ. އަދި ދެނެވޮޑިގެންވުމުގެ ގޮތުން ﷲ ފުދިވޮޑިގެންވެއެވެ. (އެބަހީ ކިޔަމަންތެރިވާ އަޅުންނާއި ނުކިޔަމަންތެރި އަޅުން އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ.)
-
4:71
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ خُذُوا۟ حِذْرَكُمْ فَٱنفِرُوا۟ ثُبَاتٍ أَوِ ٱنفِرُوا۟ جَمِيعًا
Yaaaʹayyuhal laẓeena ʹaamanoo khuẓoo ḥiẓrakum fañfiroo s̤ubaatin ʹawiñ firoo jameeʻaa.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ކަލޭމެންގެ ރައްކާތެރިކަމުގައި ހިފާށެވެ! (ހަނގުރާމައިގެ ހަތިޔާރު ހިފާށެވެ!) އަދި ދެން جماعة جماعة އަށް ކަލޭމެން ހަނގުރާމައަށް ނުކުންނާށެވެ! ނުވަތަ ކަލޭމެން އެންމެން (رسول އާއި އެކު އެކަލޭގެފާނު އަރިހުގައި) ހަނގުރާމައަށް ނުކުންނާށެވެ! (عَدُوّ ންނާ ދިމާކުރާށެވެ!)
-
4:72
وَإِنَّ مِنكُمْ لَمَن لَّيُبَطِّئَنَّ فَإِنْ أَصَـٰبَتْكُم مُّصِيبَةٌ قَالَ قَدْ أَنْعَمَ ٱللَّهُ عَلَىَّ إِذْ لَمْ أَكُن مَّعَهُمْ شَهِيدًا
Wa-ʹinna miñkum lamal layubaṭṭiʹann: faʹin ʹaṣaabatkum muṣeebatuñ q̣aala q̣ad ʹanʻamal laahu ʻalayya ʹiẓ lam ʹakum maʻahum shaheedaa.
އަދި ހަމަކަށަވަރުން ކަލޭމެންގެތެރޭގައި ހަނގުރާމައަށް ނުނުކުމެ ނުވަތަ ނުކުތުން ލަސްވެ ބަރުހެލިވެފައިވާ މީހުންވެއެވެ. (އެއީ مؤمن ންނަށް ހެދިގެންއުޅޭ منافق ންނެވެ. އެމީހުން ހަނގުރާމައަށް ނުގޮސް ތިބުމާއެކު ހަނގުރާމައަށް ދިޔަ مؤمن ންނަށް) އެބަހީ ކަލޭމެން مؤمن ންނަށް مُصِيْبَة އެއް ދިމާވެ ދެރަގޮތެއް މެދުވެރިވެއްޖެއްޔާ އެމީހުން ބުނާނެއެވެ. އެ منافق ން ބުނާނެއެވެ. ހަމަކަށަވަރުން އަހުރެން އެމީހުންނާއެކު އެތަނަށް حاضر ނުވުމުން - ހަނގުރާމައިގެ ميدان އަށް ނުދެވުނުކަމުން ﷲ އަހުރެންނަށް نعمة ލައްވައިފިއެވެ. (އެފަދަ ދެރަގޮތް އަހުރެންނަށް ދިމާނުވިއެވެ.)
-
4:73
وَلَئِنْ أَصَـٰبَكُمْ فَضْلٌ مِّنَ ٱللَّهِ لَيَقُولَنَّ كَأَن لَّمْ تَكُنۢ بَيْنَكُمْ وَبَيْنَهُۥ مَوَدَّةٌ يَـٰلَيْتَنِى كُنتُ مَعَهُمْ فَأَفُوزَ فَوْزًا عَظِيمًا
Wa-laʹin ʹaṣaabakum faḍlum minal laahi layaq̣oolanna kaʹal lam takum baynakum wabaynahoo mawaddatuñy yaa-laytanee kuñtu maʻahum faʹafooza fawzan ʻa-Z̤̣eemaa!
އަދި ކަލޭމެންނަށް (އެބަހީ ހަނގުރާމައަށް ދިޔަ مؤمن ންނަށް) ﷲ ގެ حضرة ން فَضْلَ ވަންތަކަމެއް ލިބިއްޖެއްޔާ عَدُوّ ންގެ އަތުން غِنِيْمَة މުދަލެއް ލިބިއްޖެއްޔާ -) ކަލޭމެންނާ އޭނާޔާ ދެމެދު އަމުދުން އެއްވެސް ގުޅުމެއް ލޯބިވެރިކަމެއް ނެތްފަދައެވެ. (އެހިނދު އޭނާ ބުނާނެއެވެ. އަހަރެންވެސް އެމީހުންނާއެކުވީނަމަ ކޮންފަދަ ރަނގަޅުވީސްހެއްޔެވެ؟ ފަހެ އޭރުން އަހުރެންނަށް ބޮޑުވެގެން ނަސީބުން ނަސީބު ލިބުނީހެވެ.
-
4:74
۞ فَلْيُقَـٰتِلْ فِى سَبِيلِ ٱللَّهِ ٱلَّذِينَ يَشْرُونَ ٱلْحَيَوٰةَ ٱلدُّنْيَا بِٱلْـَٔاخِرَةِ ۚ وَمَن يُقَـٰتِلْ فِى سَبِيلِ ٱللَّهِ فَيُقْتَلْ أَوْ يَغْلِبْ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا
Falyuq̣aatil fee Sabeelil laahil laẓeena yashroonal ḥayaatad dunyaa bil-ʹAakhirah. Wa-mañy yuq̣aatil fee Sabeelil laahi fayuq̣tal ʹaw yag̣lib fasawfa nuʹteehi ʹajran ʻaz̤̣eemaa.
ފަހެ آخرة ގެ ދަރުމަޔާ ثواب އަށްއެދިގެން އެމީހާ އެމީހާގެދުނިޔޭގެ ޙަޔާތް ވިއްކައިލާމީހާ އެމީހާ ﷲ ގެމަގުގައި ހަނގުރާމަކުރާހުށިކަމެވެ! (އެބަހީ ދުނިޔޭގެ حياة ގެ ބަދަލުގައި آخرة ގެ ދަރުމަޔާ ثواب އެދޭމީހާ ﷲ ގެމަގުގައި ހަނގުރާމަކުރާށެވެ!) އަދި ﷲ ގެމަގުގައި ހަނގުރާމަކުރާމީހާ އޭނާ ހަނގުރާމައިގައި މަރުވެ شهيد ވެގެންދިޔަޔަސް އަދި ނުވަތަ عَدُوّ ންގެ އަތުން ގަދަވެ ނަސީބުލިބި قتح ލިބުނަސް (މިދެގޮތުންކުރެ ކޮންމެގޮތެއްދިމާވިޔަސް) ނިކަންހުރެ ތިމަންރަސްކަލާނގެ (قيامة ދުވަހުން) އޭނާޔަށް ބޮޑުވެގެންވާ ދަރުމަ ދެއްވާހުށީމެވެ.
-
4:75
وَمَا لَكُمْ لَا تُقَـٰتِلُونَ فِى سَبِيلِ ٱللَّهِ وَٱلْمُسْتَضْعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلْوِلْدَٰنِ ٱلَّذِينَ يَقُولُونَ رَبَّنَآ أَخْرِجْنَا مِنْ هَـٰذِهِ ٱلْقَرْيَةِ ٱلظَّالِمِ أَهْلُهَا وَٱجْعَل لَّنَا مِن لَّدُنكَ وَلِيًّا وَٱجْعَل لَّنَا مِن لَّدُنكَ نَصِيرًا
Wa-maa lakum laa- tuq̣aatiloona fee Sabeelil laahi walmustaḍʻafeena minar rijaali wan-Nisaaaʹi walwildaanil laẓeena yaq̣ooloona Rabbanaaa ʹakhrijnaa min haaẓihil q̣aryatiz̤̣ z̤̣aalimi ʹahluhaa; wajʻal lanaa mil laduñka waliyyañw wajʻal lanaa mil laduñka naṣeeraa!
(އޭ مؤمن ންނޭވެ!) ކަލޭމެން ﷲ ގެމަގުގައި ހަނގުރާމަ ނުކުރާންވީ ކީއްވެގެންހެއްޔެވެ؟ (مكّة ގައި ތިބި) ނިކަމެތި ފިރިހެނުންނާއި އަންހެނުންނާއި އަދި ކުޑަކުދިން މިއެންމެން އެމީހުންގެ ربّ އަށް އެދަންނަވަނީއެވެ. އޭ އަޅަމެންގެ ربّ އެވެ! މިރަށުގެ أهل ވެރިން އަނިޔާވެރިވެގެން މިވާ ރަށުން (مكّة އިން) އަޅަމެން ނެރެދެއްވާނދޭވެ! އަދި އިބަރަސްކަލާނގެ حضرة ން އަޅަމެނަށް ސަހަރޯވެރިއަކު ލައްވައިދެއްވާށެވެ! އަދި އިބަރަސްކަލާނގެ حضرة ން އަޅަމެނަށް نصر ވެރިއަކު ލައްވާނދޭވެ! • ދަންނައެވެ. މިއީ އޭރު مكّة ގައިތިބި ނިކަމެތިންގެ دعاء އެވެ. ކާފަރުންގެ އަނިޔާވެރިކަމުން مدينة އަށް هجرة އަށް ނުދެވިތިބި ނިކަމެތިންގެ دعاء އެވެ. މިއަދު އަޅުގަނޑުމެންނަށް މިއިވެނީ ކިތައްމެ ރަށްރަށަކުން މިފަދަ އަސަރުގަދަ އާދޭހުގެ އަޑުތަކެވެ. އެއްރަށެއް ދެރަށެއް ނޫނެވެ. ކިތައްމެ ރަށެކެވެ. فلسطين ގެ އަޑެވެ. عراق ގެ އަޑެވެ. ހަބްޝްކަރަޔާ ސޫދާނުގެ އަޑެވެ. މުޅިދުނިޔޭގެ مؤمن ންގެ އަޑެވެ. އެމިސްކީނުންނަށް އެހީތެރިވުމަށް ميدان އަށް ނުކުންނާނެ ބަޔަކަށެވެ. ﷲ ގެ މަގުގައެވެ. ހަމަ އެ ﷲ އެވެ. އެދީނެވެ. ހަނގުރާމަ ނުކުރާންވީ ކީއްވެގެންހެއްޔެވެ؟ ހަމަ އެދަރުމަޔާ ثواب އެވެ. އެޔަކަށް ބަދަލެއްނެތެވެ. އާޔަތްތައް މިއީ عامّ އާޔަތްތަކެވެ. إسلام دين އާއި مسلم ން ރޮނީއެވެ. އަހުރެމެން ދުންޔަވީ މުނިފޫހިވިލުވުންތަކުގައި غرق ވެފައެވެ. ބޮޑުބެރުޖެހުމާ ވާދެމުމެވެ. ބައިބަލާދިއުމާ އެހަނދާނުގެ ލަވަތަކެވެ. ﷲ حرام ކުރެއްވި ކަންކަމުގައި ހޭބޯނާރާ މަޖާނަގަނީއެވެ. އޭރުތިބި مؤمن ންދިޔަސުވަރުގެއަށް ހަމަ އަހުރެމެން ވަންނާން ކަމުދާނެބާވައެވެ؟ وﷲ المستعان
-
4:76
ٱلَّذِينَ ءَامَنُوا۟ يُقَـٰتِلُونَ فِى سَبِيلِ ٱللَّهِ ۖ وَٱلَّذِينَ كَفَرُوا۟ يُقَـٰتِلُونَ فِى سَبِيلِ ٱلطَّـٰغُوتِ فَقَـٰتِلُوٓا۟ أَوْلِيَآءَ ٱلشَّيْطَـٰنِ ۖ إِنَّ كَيْدَ ٱلشَّيْطَـٰنِ كَانَ ضَعِيفًا
Allaẓeena ʹaamanoo yuq̣aatiloona fee Sabeelil laahi wallaẓeena kafaroo yuq̣aatiloona fee Sabeeliṭ Ṭaag̣ooti faq̣aatilooo ʹawliyaaʹash Shayṭaan: ʹinna kaydash Shayṭaani kaana ḍaʻeefaa.
އީމާންވީ މީސްތަކުން ﷲ ގެމަގުގައި ހަނގުރާމަ ކުރެއެވެ. އަދި ކާފަރުވީ މީސްތަކުން طَاغُوت ގެ މަގުގައި ހަނގުރާމަ ކުރެއެވެ. (طاغوت ގެމަގަކީ شيطان ގެމަގެވެ. އެމަގުގައި ހަނގުރާމަކުރާނީ އޭނާޔާ تبع ވާ މީހުންނެވެ. އޭނާގެ وِلِىُّ ންނެވެ. އޭނާގެ نصر ވެރިންނެވެ.) އޭ مؤمن ންނޭވެ! شيطان ގެ نصر ވެރިންނާއި އިދިކޮޅަށް ކަލޭމެން ހަނގުރާމަކުރާށެވެ! ހަމަކަށަވަރުން شيطانގެ ރޭވުމަކީ ދެރަނިކަމެތި އެއްޗެއްކަމުގައިވިއެވެ.
-
4:77
أَلَمْ تَرَ إِلَى ٱلَّذِينَ قِيلَ لَهُمْ كُفُّوٓا۟ أَيْدِيَكُمْ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ فَلَمَّا كُتِبَ عَلَيْهِمُ ٱلْقِتَالُ إِذَا فَرِيقٌ مِّنْهُمْ يَخْشَوْنَ ٱلنَّاسَ كَخَشْيَةِ ٱللَّهِ أَوْ أَشَدَّ خَشْيَةً ۚ وَقَالُوا۟ رَبَّنَا لِمَ كَتَبْتَ عَلَيْنَا ٱلْقِتَالَ لَوْلَآ أَخَّرْتَنَآ إِلَىٰٓ أَجَلٍ قَرِيبٍ ۗ قُلْ مَتَـٰعُ ٱلدُّنْيَا قَلِيلٌ وَٱلْـَٔاخِرَةُ خَيْرٌ لِّمَنِ ٱتَّقَىٰ وَلَا تُظْلَمُونَ فَتِيلًا
ʹAlam tara ʹilal laẓeena q̣eela lahum kuffooo ʻaydiyakum wa-ʹaq̣eemuṣ Ṣalaata wa-ʹaatuz Zakaah? Falammaa kutiba ʻalayhimul q̣italu ʹiẓaa fareeq̣um minhum yakhshawnan naasa kakhashyatil laahi ʹaw ʹashadda khashyah: wa-q̣aaloo Rabbana lima katabta ʻalaynal q̣itaal? Law- laaa ʹakhkhartanaaa ʹilaaa ʹajaliñ q̣areeb? Q̣ul mataaʻud dunyaa q̣aleel: wal-ʹAakhiratu khayrul limanit taq̣aa: wa-laa tuz̤̣lamoona fateelaa.
(އޭ رسول ﷲ އެވެ!) އެބައިމީހުންނަށް ކަލޭމެން (ހަނގުރާމަ ނުކޮށް) ކަލޭމެންގެ އަތްތައް ހުއްޓައިލާށޭ އަދި ކަލޭމެން ނަމާދު قائم ކުރާށޭ އަދި ކަލޭމެން ޒަކާތްދޭށޭ، މިހެން އެންގުނު މީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ (އެމީހުންގެ ކަންތައް ހުރިގޮތާމެދު ނުވިސްނަވަމުތޯއެވެ؟ މިމީހުންނަކީ مشرك ންނާ ހަނގުރާމަ ކުރުމަށް އެދުނު މީހުންނެވެ. އަދި އޭރު ހަނގުރާމަ فرض ނުކުރައްވައެވެ.) ދެންފަހެ އެމީހުންގެމައްޗަށް ހަނގުރާމަ فرض ކުރެއްވުމުން އޭގެތެރެއިން جماعة އެއްގެބަޔަކު ﷲ އަށް ބިރުވެތިވާ ވަރަށް ނުވަތަ އެއަށްވުރެވެސް މާގަދަ ބިރަކުން މީސްތަކުންދެކެ ބިރުވެތިވެއްޖެއެވެ. އަދި އެމީހުން ދެންނެވިއެވެ. އޭ އަޅަމެންގެ ربّ އެވެ! އަޅަމެންގެ މައްޗަށް ހަނގުރާމަ فرض ކުރެއްވީ ކީއްވެގެންތޯއެވެ؟ ކުޑަ مدّت އަކަށް (ހަނގުރާމަ فرض ނުކުރައްވައި) އަޅަމެންނަށް ލަސްކޮށްލެއްވިނަމައެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ދުނިޔޭގެ އަރާމާ ތަކެއްޗަކީ ދާދި މަދު އެތިކޮޅެކެވެ. އަދި تقوى ވެރިވެއްޖެ މީހަކަށް آخرة ގެ نعمة އާއި ދަރުމަ މާހެޔޮވެގެންވެއެވެ. އަދި فَتِيْلَة އެއްގެ މިންވަރުވެސް އެމީހުންނަށް އަނިޔާ ނުވެވޭނެއެވެ. (فَتِيْلَة އަކީ: ކަދުރު ނޮޅައިލީމާ އޮށުގެ ފެޅުނު ފަރާތުގައި އިންނަ ހިމަ ފަށްވަރެކެވެ.)
-
4:78
أَيْنَمَا تَكُونُوا۟ يُدْرِككُّمُ ٱلْمَوْتُ وَلَوْ كُنتُمْ فِى بُرُوجٍ مُّشَيَّدَةٍ ۗ وَإِن تُصِبْهُمْ حَسَنَةٌ يَقُولُوا۟ هَـٰذِهِۦ مِنْ عِندِ ٱللَّهِ ۖ وَإِن تُصِبْهُمْ سَيِّئَةٌ يَقُولُوا۟ هَـٰذِهِۦ مِنْ عِندِكَ ۚ قُلْ كُلٌّ مِّنْ عِندِ ٱللَّهِ ۖ فَمَالِ هَـٰٓؤُلَآءِ ٱلْقَوْمِ لَا يَكَادُونَ يَفْقَهُونَ حَدِيثًا
ʹAynamaa takoonoo yudrikkumul mawtu walaw kuñtum fee buroojim mushayyadah. Wa-ʹiñ tuṣibhum ḥasanatuñy yaq̣ooloo haaẓihee min ʻiñdil laah; wa-ʹiñ tuṣibhum sayyiʹatuñy yaq̣ooloo haaẓihee min ʻiñdik. Q̣ul kullum min ʻiñdil laah. Famaali haaaʹulaaaʹil q̣awmi laa- yakaadoona yafq̣ahoona ḥadees̤aa?
(އޭ މީސްތަކުންނޭވެ!) ކަލޭމެން ވީކޮންމެތަނަކުން މަރު ކަލޭމެން އަތުލާނެއެވެ. ގަދަފަދަ ކިއްލާއެއްގައި ކަލޭމެންވިޔަސް ކަލޭމެންގެ أَجَلُ ޖެހުމުން މަރުވާނެއެވެ. (ލަހެއް އަވަހެއް ނުވާނެއެވެ.) އަދި އެމީހުންނަށް (فتح އެއްވުންފަދަ غنيمة އެއް حاصل ވުންފަދަ) ރަނގަޅު ހެޔޮކަމެއް ދިމާވެއްޖެއްޔާ އެމީހުން ބުނެއެވެ. މިއީ ﷲ ގެ حضرة ން އައި ހެޔޮކަމެކެވެ. (އެކަލާނގެ މިންވަރުފުޅާ تقدير ންނެވެ.) އަދި އެމީހުންނަށް (ނާކާމިޔާބުވުންފަދަ ތަދުމަޑުކަމެއް ޖެހުންފަދަ ދެރަކަމެއް ދިމާވެއްޖެއްޔާ) އެމީހުން ބުނެއެވެ. މިއީ ކަލޭގެފާނުންގެ ސަބަބުން ދިމާވި ކަމެކެވެ. (އެކަލާނގެ ވަޙީކުރެއްވިއެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! ހުރިހާކަމަކީވެސް ﷲ ގެ حضرة ން އަންނަ ކަންކަމެވެ. މިމީހުންނަށް ފަހެ މިތިބީ ކިހިނެއްވެފައިހެއްޔެވެ؟ އެއްވެސް ބަހެއްގެ حقيقة އެއް ވިސްނާން އަދި މިމީހުން ގާތްވެސްނުވެއެވެ.
-
4:79
مَّآ أَصَابَكَ مِنْ حَسَنَةٍ فَمِنَ ٱللَّهِ ۖ وَمَآ أَصَابَكَ مِن سَيِّئَةٍ فَمِن نَّفْسِكَ ۚ وَأَرْسَلْنَـٰكَ لِلنَّاسِ رَسُولًا ۚ وَكَفَىٰ بِٱللَّهِ شَهِيدًا
Maaa ʹaṣaabaka min ḥasanatiñ faminal laah; wa-maaa ʹaṣaabaka miñ sayyiʹatiñ famin nafsik Wa-ʹarsalnaaka linnaasi Rasoolaa. Wa-kafaa billaahi Shaheedaa.
(އޭ رسول ﷲ އެވެ!) ތިޔާގިކަމާއި ސަލާމަތްކަމާއި نعمة އާއި މިބާވަތުގެ ކަންކަމުގެތެރެއިން) ކަލޭގެފާނަށް ހެޔޮކަމެއް ރަނގަޅުކަމެއް ދިމާވެއްޖެއްޔާ އެކަމެއް އެއީ ﷲ ގެ حضرة ން ވާކަންކަމެވެ. އަދި (ތަދުމަޑުކަންފަދަ އުނދަގުލާއި ނޭދެވޭ ކަންކަމުގެތެރެއިން ކަލޭގެފާނަށް ދިމާވާ ކޮންމެކަމަކީ އެއީ ކަލޭގެފާނުންގެ نفس ގެފަރާތުން ދިމާވާކަމެކެވެ. އަދި ތިމަންރަސްކަލާނގެ ކަލޭގެފާނު އެންމެހައި މީސްތަކުންގެގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. އަދި ހެކިވެވޮޑިގެންވާ ކަލަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ. (އެބަހީ ކަލޭގެފާނުންގެ رسول ކަން ތެދުކަމަށާއި އަދި ކަލޭގެފާނީ ތެދުވެރިއެއްކަމަށް ﷲ ހެކިވެވޮޑިގަންނަވައެވެ.)
-
4:80
مَّن يُطِعِ ٱلرَّسُولَ فَقَدْ أَطَاعَ ٱللَّهَ ۖ وَمَن تَوَلَّىٰ فَمَآ أَرْسَلْنَـٰكَ عَلَيْهِمْ حَفِيظًا
Mañy yuṭiʻir Rasoola faq̣ad ʹaṭaaʻal laah: wa-mañ tawallaa famaaa ʹarsalnaaka ʻalayhim ḥafeez̤̣aa.
رسول އާ އަށް ކިޔަމަންތެރިވެއްޖެމީހާ ހަމަކަށަވަރުން ﷲ އަށް އެމީހަކު ކިޔަމަންތެރިވެއްޖެއެވެ. އަދި އެނބުރި ފުރަގަސްދީފިމީހަކު ދަންނައެވެ! ފަހެ ކަލޭގެފާނު އެމީހުންކުރާ عمل ތައް ބަލަހައްޓަވާ ހިސާބުކުރައްވާ ބޭކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުފޮނުއްވަމުއެވެ.
-
4:81
وَيَقُولُونَ طَاعَةٌ فَإِذَا بَرَزُوا۟ مِنْ عِندِكَ بَيَّتَ طَآئِفَةٌ مِّنْهُمْ غَيْرَ ٱلَّذِى تَقُولُ ۖ وَٱللَّهُ يَكْتُبُ مَا يُبَيِّتُونَ ۖ فَأَعْرِضْ عَنْهُمْ وَتَوَكَّلْ عَلَى ٱللَّهِ ۚ وَكَفَىٰ بِٱللَّهِ وَكِيلًا
Wa-yaq̣ooloona Ṭaaʻatun faʹiẓaa barazoo min ʻiñdika bayyata ṭaaaʹifatum minhum g̣ayral laẓee taq̣ool. Wallaahu yaktubu maa- yubayyitoon; faʹaʻriḍ ʻanhum wa-tawakkal ʻalal lah: wa-kafaa billaahi Wakeelaa.
(ފަހެ ﷲ އަށްވުރެ ބޮޑަށް މީސްތަކުންދެކެ ބިރުގަންނަމީހުންކުރެ ބައެއްމީހުން ހަނގުރާމަ فرض ކުރެއްވީމާ ބުންޏެވެ.) ކަލޭގެފާނަށް ކިޔަމަނެވެ. (ކަލޭގެފާނުންގެ أمر ފުޅަށް އަހުރެމެން ކިޔަމަނެވެ.) ފަހެ އެމީހުން ކަލޭގެފާނުންގެ އަރިހުން ނުކުމެއްޖެއްޔާ، ކަލޭގެފާނު ވިދާޅުވިއެތި ނޫން އެހެން އެއްޗަކަށް އެމީހުން ރޭގަނޑު ބަދަލުކޮށްލައެވެ. އަދި ﷲ تعالى އެމީހުން ރޭގަނޑު އެބަދަލުކުރާ ތަކެތި (އެމީހުންގެ عمل ގެފަތުގައި) ލިއުއްވައެވެ. ފަހެ ކަލޭގެފާނު އެމީހުންގެ ފަރާތުން އެނބުރި ވަޑައިގަންނަވާށެވެ! އަދި ﷲ އަށް وكيل ކުރައްވާށެވެ! އެކަލާނގެއަށް ބަރޯސާކުރައްވާށެވެ! އަދި وكيل އަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ.
-
4:82
أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ ٱللَّهِ لَوَجَدُوا۟ فِيهِ ٱخْتِلَـٰفًا كَثِيرًا
ʹAfalaa yatadabbaroonal Q̣urʹaan? Wa-law kaana min ʻiñdi g̣ayril laahi lawajadoo fee-hikh tilaafañ kas̤eeraa
އެމީހުން ފަހެ قرآن އަށް تدبير ކޮށް ވިސްނާ فِكْرُ ކޮށް ނުހަދަނީބާވައެވެ. އެ قرآن އެއީ ﷲ ނޫން ފަރާތަކުން ބާވައިލައްވާފައިވާ ފޮތެއްނަމަ އޭގައި ވަރަށް إختلاف ތައް - ތަފާތުތައް - ވާތީ އެމީހުން ދެކޭނެކަން ކަށަވަރެވެ.
-
4:83
وَإِذَا جَآءَهُمْ أَمْرٌ مِّنَ ٱلْأَمْنِ أَوِ ٱلْخَوْفِ أَذَاعُوا۟ بِهِۦ ۖ وَلَوْ رَدُّوهُ إِلَى ٱلرَّسُولِ وَإِلَىٰٓ أُو۟لِى ٱلْأَمْرِ مِنْهُمْ لَعَلِمَهُ ٱلَّذِينَ يَسْتَنۢبِطُونَهُۥ مِنْهُمْ ۗ وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ لَٱتَّبَعْتُمُ ٱلشَّيْطَـٰنَ إِلَّا قَلِيلًا
Wa-ʹiẓaa jaaaʹahum ʹamrum minal ʹamni ʹawil khawfi ʹaẓaaʻoo bih. Wa-law raddoohu ʹilar rasooli wa-ʹilaaa ʹulil ʹamri minhum laʻalimahul laẓeena yastambiṭoonahoo minhum. Wa-lawlaa Faḍlul laahi ʻalaykum wa-Raḥmatuhoo lattabaʻtumush Shayṭaana ʹillaa q̣aleelaa.
އަދި (رسول الّله ﷺ ފޮނުއްވާފައިވާ ހަނގުރާމަ لشكر އެއްގެފަރާތުން) އަމާންކަމުގެ خبر އެއް - فتح އާއި كامياب ގެ خبر އެއް - ނުވަތަ ބިރުވެތި خبر އެއް އެބަހީ ދެރަވުމާއި ناكاميابى ގެ خبر އެއް އެމީހުންނަށް ހަމަ ވާއިރަށް (އެބަހީ އެ منافق މީހުންނަށްއެ خبر ހަމަވާއިރަށް) (އެ خبر އެއްގެ ދޮގުތެދެއްވެސް ނުބަލައި) އެ خبر އަވަހަށް ފަތުރާ شائع ކޮށްލައެވެ. ހާމަކޮށްލައެވެ. އެމީހުން އެ خبر رسول الّله ﷺ އަށް ނުވަތަ ކަންކަމުގެވެރިން ކަމުވޮށިވެގެންވާ ހަރުދަނާ عالم ންނަށް ދިންނަމަ އެ خبر ގެތެރެއިން عامّ ންނަށް އަންގާ ހާމަކުރާނެ މިންވަރެއް އެބޭބޭކަލުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އަދި ކަލޭމެން مؤمن ންގެ މައްޗަށް ﷲ ގެ فضل ވަންތަކަމާއި އެކަލާނގެ رحمة ނުވާނަމަ ކަލޭމެން شيطان އާ އާއި تبع ވީސްކަން ކަށަވަރެވެ. އަދި މަދުބަޔަކުމެނުވީ އެ خبر ފަތުރާ ހާމަކޮށްފީހެވެ.
-
4:84
فَقَـٰتِلْ فِى سَبِيلِ ٱللَّهِ لَا تُكَلَّفُ إِلَّا نَفْسَكَ ۚ وَحَرِّضِ ٱلْمُؤْمِنِينَ ۖ عَسَى ٱللَّهُ أَن يَكُفَّ بَأْسَ ٱلَّذِينَ كَفَرُوا۟ ۚ وَٱللَّهُ أَشَدُّ بَأْسًا وَأَشَدُّ تَنكِيلًا
Faq̣aatil fee Sabeelil laahi laa- tukallafu ʹillaa nafsaka waḥarriḍil Muʹmineen. ʻAsal laahu ʹañy yakuffa baʹsal laẓeena kafaroo: wallaahu ʹashaddu baʹsañw waʹashaddu tañkeelaa.
(އޭ رسول ﷲ އެވެ!) ﷲ ގެމަގުގައި ކަލޭގެފާނު ހަނގުރާމަކުރައްވާށެވެ! އަދި ކަލޭގެފާނުންގެ نفس ފުޅު މެނުވީ ކަލޭގެފާނަށް تَكْلِيفُ ޖެހިވަޑައިގެން ނުވެއެވެ. (ކަލޭގެފާނުންގެމައްޗަށް އޮތީ އަމުރުފުޅަށް ކިޔަމަންވެވަޑައިގެންނެވުމެވެ.) އަދި ކަލޭގެފާނު مؤمن ންނަށް (ހަނގުރާމަކުރުމަށް) ހިތްވަރުދެއްވާ ގަދައަޅުއްވާށެވެ! (އެމީހުންނަށް ކުރައްވާ أمر ގެ مسؤليّة އޮންނާނީ އެމީހުންގެމައްޗަށެވެ.) ކާފަރުންގެ ހަނގުރާމައާއި އުނދަގޫ ﷲ ހުއްޓުވުން أمّيد ކުރެވެއެވެ. ހުއްޓުވާނެއެވެ. އަދި ﷲ އީ ހަނގުރާމަ ގަދަފަދަކަންބޮޑު އަދި عقوبة ދެއްވުމާ عذاب ދެއްވުން ގަދަފަދަވެގެންވާ ކަލާނގެއެވެ.
-
4:85
مَّن يَشْفَعْ شَفَـٰعَةً حَسَنَةً يَكُن لَّهُۥ نَصِيبٌ مِّنْهَا ۖ وَمَن يَشْفَعْ شَفَـٰعَةً سَيِّئَةً يَكُن لَّهُۥ كِفْلٌ مِّنْهَا ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ مُّقِيتًا
Mañy yashfaʻ shafaaʻatan ḥasanatañy yakul lahoo naṣeebum minhaa; wa-mañy yashfaʻ shafaaʻatañ sayyiʹatañy yakul lahoo kiflum minhaa: wa-kaanal laahu ʻalaa kulli shayʹim Muq̣eetaa.
ރަނގަޅު شفاعة އަކުން شفاعة ތެރިވާމީހާއަށް (ހެޔޮކަންތައްކުރުމަށާއި ކިޔަމަންތެރިވުމަށް އަމުރުކުރާ މީހާއަށް) އެކަމުގެ ثواب އާއި ދަރުމައިގެ ބައެއްވެއެވެ. އަދި ނުބައި شفاعة އަކުން شفاعة ތެރިވާ މީހާއަށް (ނުބައިކަންތައް ކުރުމަށާއި ނުކިޔަމަންތެރިވުމަށް ގޮވާމީހާއަށް) އެއިން މިންވަރެއްވެއެވެ. އެފާފައިގެ މިންވަރެއްވެއެވެ. އަދި ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލާނގެކަމުގައި ﷲ ވޮޑިގެންވެއެވެ. (ޢަމަލުތަކުގެ ހިސާބުކުރައްވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.)
-
4:86
وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا۟ بِأَحْسَنَ مِنْهَآ أَوْ رُدُّوهَآ ۗ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَىْءٍ حَسِيبًا
Wa-ʹiẓaa ḥuyyeetum̃ bitaḥiyatiñ faḥayyoo biʹaḥsana minhaaa ʹaw ruddoohaa. ʹInnal laaha kaana ʻalaa kulli shayʹin Ḥas̤eebaa.
ކަނޑައެޅިގެން މީހަކު ކަލޭމެންނާ سلام ކޮށްފިއްޔާ ފަހެ ކަލޭމެން އެއަށްވުރެ ރަނގަޅަށް سلام ކުރާށެވެ! ނުވަތަ، އެ سلام ކަލޭމެން ރައްދުކުރާށެވެ! (سلام ރަނގަޅަށް ކުރުމަކީ سلام ކުރިމީހާ السّلام عليكم ކިޔައިފިއްޔާ އަޑުއެހިމީހާ وعليكم السّلام ورحمة ﷲ މިފަދައިން ކިއުމެވެ. އެ سلام ރައްދުކުރުމަކީ سلام ކުރިމީހާކީ ހިސާބަށް އަޑުއެހިމީހާވެސް ކިއުމެވެ. ހަމަކަށަވަރުން ﷲ އީ ހުރިހާ އެއްޗެއްވެސް ހިސާބުކުރައްވާ ކަލާނގެކަމުގައިވެވޮޑިގެންވެއެވެ.
-
4:87
ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ ٱلْقِيَـٰمَةِ لَا رَيْبَ فِيهِ ۗ وَمَنْ أَصْدَقُ مِنَ ٱللَّهِ حَدِيثًا
ʹAllaahu laaa ʹilaaha ʹillaa huwa layajmaʻannakum ʹilaa yawmil Q̣iyaamati laa- rayba feeh. Wa-man ʹaṣdaq̣u minal laahi ḥadees̤aa?
ﷲ އެއީ އެކަލާނގެ ނޫން އެހެންއެއްވެސް (حقّ) إله އަކުނުވާ ކަލާނގެއެވެ. ހަމަކަށަވަރުން قيامة ދުވަހުން ކަލޭމެން އެންމެން އެކަލާނގެ ޖަމާކުރައްވާހުއްޓެވެ. އެދުވަހާއިމެދު އެއްވެސް ޝައްކެއްނެތެވެ. އެއީ އަންނާނެ ދުވަހެކެވެ. އަދި ބަސް وحي ކުރެއްވުމާއި خبر ދެއްވުމުގެގޮތުން ﷲ އަށްވުރެން ތެދުވެރިކަން ބޮޑީ ކާކުހެއްޔެވެ؟ އެއަށްވުރެން ތެދުވެރިކަންބޮޑު އެކަކުވެސް ނުވެއެވެ.
-
4:88
۞ فَمَا لَكُمْ فِى ٱلْمُنَـٰفِقِينَ فِئَتَيْنِ وَٱللَّهُ أَرْكَسَهُم بِمَا كَسَبُوٓا۟ ۚ أَتُرِيدُونَ أَن تَهْدُوا۟ مَنْ أَضَلَّ ٱللَّهُ ۖ وَمَن يُضْلِلِ ٱللَّهُ فَلَن تَجِدَ لَهُۥ سَبِيلًا
Famaa lakum fil Munaafiq̣eena fiʹatayni wallaahu ʹarkasahum̃ bimaa kasaboo? ʹAtureedoona ʹañ tahdoo man ʹaḍallal laah? Wa-mañy yuḍlilil laahu falañ tajida lahoo Sabeelaa.
(އޭ مؤمن ންނޭވެ!) منافق ންނާމެދު ކަލޭމެން ދެބަޔަކަށް ބެހި ދެ خيال އެއްވާންވީ ކޮން مقصد އެއްގައި ހެއްޔެވެ؟ އަދި ﷲ تعالى އެމީހުންކުރި ފާފައިގެ ސަބަބުން އެމީހުން އެކޮޅު މިކޮޅުން ޖައްސަވައިފިއެވެ. (ކާފަރުންގެ حكم ގެތެރެއަށް ލައްވައިފިއެވެ.) ﷲ މަގުފުރައްދަވައިފި ބަޔަކަށް ތެދުމަގު ދެއްކެވުމަށް ކަލޭމެން އެދެނީހެއްޔެވެ؟ އަދި ﷲ މަގުފުރައްދައިފި މީހަކު ތެދުމަގަށް واصل ވާނެ އެއްވެސްގޮތެއް އެއްވެސްމަގެއް ވާތީ ކަލޭގެފާނު ދެކެވަޑައި ނުގަންނަވާނެއެވެ. • ދަންނައެވެ. މިއާޔަތުގައި ސިފަވެގެން މިދާބަޔަކީ مكّة ގެ ބަޔަކުކަމުގައި ވިއެވެ. އެމީހުން نبي ﷺ ގެ އަރިހަށް އައިސް މީހުންނަށް ދައްކަން إسلام ކަން ފައުޅުކޮށް ދެން އެނބުރި އެމީހުންގެ ރަށަށް ގޮސް ބުދުކައިރިއަށްގޮސް އަޅުކަންކުރާކަމުގައިވިއެވެ. އެމީހުން އެގޮތުން ދެފަރާތުގެ އަމާންކަން ހޯދާކަމުގައިވިއެވެ. އެމީހުން އެގޮތް ހުއްޓާލާ ނުވަތަ صُلحَ ވެ ނުހެދިނަމަ އެމީހުންނާ ހަނގުރާމަކުރުމަށް އަމުރު އައިސްފައިވެއެވެ. ދެންފަހެ أصحاب ބޭކަލުންކުރެ އެއްބަޔަކު އެއީ منافق ންކަމުގައި ދެކެއެވެ. އަނެއްބަޔަކު އެއީ مؤمن ންކަމުގައި ދެކެއެވެ. 88 ވަނަ އާޔަތުގައި مؤمن ން منافق ންނާމެދު ދެ خيال އެއްވާކަމުގައި އެވަނީ އެހެންވެއެވެ. = زبْدَةُ التّفْسِير =
-
4:89
وَدُّوا۟ لَوْ تَكْفُرُونَ كَمَا كَفَرُوا۟ فَتَكُونُونَ سَوَآءً ۖ فَلَا تَتَّخِذُوا۟ مِنْهُمْ أَوْلِيَآءَ حَتَّىٰ يُهَاجِرُوا۟ فِى سَبِيلِ ٱللَّهِ ۚ فَإِن تَوَلَّوْا۟ فَخُذُوهُمْ وَٱقْتُلُوهُمْ حَيْثُ وَجَدتُّمُوهُمْ ۖ وَلَا تَتَّخِذُوا۟ مِنْهُمْ وَلِيًّا وَلَا نَصِيرًا
Waddoo law takfuroona kamaa kafaroo fatakoonoona sawaaaʹa; falaa tattakhiẓoo minhum ʹawliyaaaʹa ḥattaa yuhaajiroo fee sabeelil laah; faʹiñ tawallaw fakhuẓoohum waq̣tuloohum ḥays̤u wajattumoohum; wa-laa tattakhiẓoo minhum waliyyañw walaa naṣeeraa:
އަދި އެމީހުން އެދެނީ ކަލޭމެން (مؤمن ންވެސް) އެމީހުންނެކޭ އެއްގޮތަށް ކާފަރުވުމަށެވެ. އެމީހުން ކާފަރުވީފަދައިން ކާފަރުވުމަށެވެ. ދެން އޭރުން އެމީހުންނެކޭ ކަލޭމެންނެކޭ (ދީނުގެގޮތުން) އެއްގޮތްވެ ހަމަހަމަ ވުމަށެވެ. (ރީތިކޮށް އޮމާން ތެޔޮހަނަކަށްވުމަށެވެ.) ފަހެ އެމީހުން ﷲ ގެމަގުގައި هجرة ކޮށްފުމަށްދާންދެން އެމީހުންގެތެރެއިން އެކަކުވެސް ސަހަރޯވެރިއަކުކަމުގައި ولِىُّ އަކުކަމުގައި ކަލޭމެން ނުހަދާށެވެ! ދެން އަދި އެމީހުން (އީމާންވެގެން هجرة އަށް ދިއުމުން) މަނާވެ ފުރަގަސްދީފިއްޔާ ކަލޭމެނަށް ފެނުނުތާކުން އެމީހުން ހިފައިގަނެ އަތުލައިގަނެ މަރާށެވެ! އަދި އެމީހުންގެތެރެއިން އެއްވެސް نصر ވެރިއަކުއަދި ސަހަރޯވެރިއަކު ކަލޭމެން ހިފާ إختيار ނުކުރާށެވެ!
-
4:90
إِلَّا ٱلَّذِينَ يَصِلُونَ إِلَىٰ قَوْمٍۭ بَيْنَكُمْ وَبَيْنَهُم مِّيثَـٰقٌ أَوْ جَآءُوكُمْ حَصِرَتْ صُدُورُهُمْ أَن يُقَـٰتِلُوكُمْ أَوْ يُقَـٰتِلُوا۟ قَوْمَهُمْ ۚ وَلَوْ شَآءَ ٱللَّهُ لَسَلَّطَهُمْ عَلَيْكُمْ فَلَقَـٰتَلُوكُمْ ۚ فَإِنِ ٱعْتَزَلُوكُمْ فَلَمْ يُقَـٰتِلُوكُمْ وَأَلْقَوْا۟ إِلَيْكُمُ ٱلسَّلَمَ فَمَا جَعَلَ ٱللَّهُ لَكُمْ عَلَيْهِمْ سَبِيلًا
ʹIllal laẓeena yaṣiloona ʹilaa q̣awmim baynakum wa-baynahum mees̤aaq̣un ʹaw jaaaʹookum ḥaṣirat ṣudooruhum ʹañy yuq̣aatilookum ʹaw yuq̣aatiloo q̣awmahum. Wa-law shaaaʹal laahu lasallaṭahum ʹalaykum falaq̣aatalookum Faʹiniʻ tazalookum falam yuq̣aatilookum wa-ʹalq̣aw ʹilaykumus salama famaa jaʻalal laahu lakum ʻalayhim sabeelaa.
މީގެތެރެއިން ކަލޭމެން مؤمن ންނާއި އެބަޔަކާދެމެދު عَهْدُ އެއްވެ އެގްރީމެންޓެއް ވެފައިވާ ބަޔަކުގެ ތެރެއަށް ގޮސް އެމީހުންގެ މީހަކަށް ވީމީހަކުމެނުވީއެވެ. (އެފަދަމީހާއަށް އެމީހުންނަށް އޮތް حكم އެއް އޮންނާނެއެވެ.) ނުވަތަ އަދި ކަލޭމެން مؤمن ންނާ ހަނގުރާމަކުރުމަށް ހިތްދަތިވެގެންވާ حال ނުވަތަ އެމީހުންގެ قوم ގެ މީހުންނާ ހަނގުރާކުރުމަށް ހިތްދަތިވެގެންވާ حال ކަލޭމެން ކައިރިއަށް އައިބަޔަކު މެނުވީއެވެ. (އެމީހުންނަށް އަމާންކަން އޮންނާނެއެވެ.) އަދި ﷲ އިރާދަކުރެއްވިނަމަ އެމީހުން ކަލޭމެން (مؤمن ން) ގެމައްޗަށް ފާކުރައްވާ ގަދަކުރައްވައިފީހެވެ. ދެން އޭރުން އެމީހުން ކަލޭމެންނާ ހަނގުރާމަކޮށްފީހެވެ. ދެންފަހެ އެމީހުން އެތިބިގޮތުން ދުރުވެ އަދި ކަލޭމެނާއި ހަނގުރާމަނުކޮށް صلح ވުމަށް ހުށަހަޅައިފިއްޔާ (ދެން ކަލޭމެން صلح ވާށެވެ!) ދެން އަދި ކަލޭމެން އެމީހުންގެމައްޗަށް އަރައިގަންނާނޭ މަގެއް ކަލޭމެނަކަށް ނުލައްވައެވެ. ނަމަވެސް މިހުރިހާ حكم ތަކެއް توبة ސޫރަތުގެ فَإِذَا انسَلَخَ الأَشْهُرُ الْحُرُمُ فَاقْتُلُواْ الْمُشْرِكِينَ........ މިއާޔަތްތަކުން مَنْسُوخ ވެގެން ހިނގައްޖެއެވެ. = تفسير الطّبرى =
-
4:91
سَتَجِدُونَ ءَاخَرِينَ يُرِيدُونَ أَن يَأْمَنُوكُمْ وَيَأْمَنُوا۟ قَوْمَهُمْ كُلَّ مَا رُدُّوٓا۟ إِلَى ٱلْفِتْنَةِ أُرْكِسُوا۟ فِيهَا ۚ فَإِن لَّمْ يَعْتَزِلُوكُمْ وَيُلْقُوٓا۟ إِلَيْكُمُ ٱلسَّلَمَ وَيَكُفُّوٓا۟ أَيْدِيَهُمْ فَخُذُوهُمْ وَٱقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ ۚ وَأُو۟لَـٰٓئِكُمْ جَعَلْنَا لَكُمْ عَلَيْهِمْ سُلْطَـٰنًا مُّبِينًا
Satajidoona ʹaakhareena yureedoona ʹañy yaʹmanookum wa-yaʹmanoo q̣awmahum: kulla maa- ruddooo ʹilal fitnati ʹurkisoo feehaa: faʹil lam yaʻtazilookum wa-yulq̣ooo ʹilaykumus salama wa-yakuffooo ʹaydiyahum fakhuẓoohum waq̣tuloohum ḥays̤u s̤aq̣iftumoohum: wa-ʹulaaaʹikum jaʻalnaa lakum ʻalayhim sulṭaanam mubeenaa.
އަދި ކަލޭގެފާނު (منافق ންގެ) އެހެންބަޔަކު ދެކެވަޑައިގަންނަވާނެއެވެ. އެމީހުން އެދެނީ ކަލޭމެން مؤمن ންގެ ގާތުގައި އަމާންވުމަށެވެ. ކަލޭމެންގެ ކިބައިން އަމާންކަން ހޯދުމަށެވެ. (އެމީހުން إسلام ކަން ފާޅުކޮށްގެން އުޅެއެވެ.) އަދި އެމީހުން އެދެނީ އެމީހުންގެ قوم ގެމީހުންގެގާތުގައިވެސް އަމާންކަން ލިބިގަތުމަށެވެ. (އެމީހުން ކައިރިޔަށްގޮސް އެމީހުންކުރާގޮތަށް ބުދަށް އަޅުކަން ކުރެއެވެ.) އެމީހުންނަށް شِرْك ކުރުމަށް ދިމާވާ ކޮންމެހިނދެއްގައި އެމީހުން އޭގެތެރެއަށް ވަދެގަނެއެވެ. ދެންފަހެ އެމީހުން ކަލޭމެންނާ ހަނގުރާމަކުރުން ހުއްޓައި ނުލިއްޔާ އަދި އެމީހުން ކަލޭމެންނާ صلح ވެ އެމީހުންގެ އަތްތައް ކަލޭމެންނަށް ގޯނާކުރުމުން ހުއްޓައި ނުލިއްޔާ ދެން ކަލޭމެންނަށް އެމީހުން ފެނުނުތާކުން ހިފައި މަރާށެވެ! އަދި އެމީހުންނަކީ އެމީހުންގެމައްޗަށް ކަލޭމެނަށް بيان ވެގެންވާ ބާރެއް - دليل އެއް - ތިމަންރަސްކަލާނގެ ލެއްވި ބައެކެވެ. (އެބަހީ އެމީހުންނާ ހަނގުރާމަކުރުން ހުއްދަ ކުރެއްވި ބައެކެވެ.)
-
4:92
وَمَا كَانَ لِمُؤْمِنٍ أَن يَقْتُلَ مُؤْمِنًا إِلَّا خَطَـًٔا ۚ وَمَن قَتَلَ مُؤْمِنًا خَطَـًٔا فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ وَدِيَةٌ مُّسَلَّمَةٌ إِلَىٰٓ أَهْلِهِۦٓ إِلَّآ أَن يَصَّدَّقُوا۟ ۚ فَإِن كَانَ مِن قَوْمٍ عَدُوٍّ لَّكُمْ وَهُوَ مُؤْمِنٌ فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ۖ وَإِن كَانَ مِن قَوْمٍۭ بَيْنَكُمْ وَبَيْنَهُم مِّيثَـٰقٌ فَدِيَةٌ مُّسَلَّمَةٌ إِلَىٰٓ أَهْلِهِۦ وَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ تَوْبَةً مِّنَ ٱللَّهِ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًا
Wa-maa kaana limuʹminin ʹañy yaq̣tula Muʹminan ʹillaa khaṭaʹaa. Wa-mañ q̣atala Muʹminan khaṭaʹañ fataḥreeru raq̣abatim Muʹminatiñw wadiyatum musallamatun ʹilaaa ʹahliheee ʹillaaa ʹañy yaṣṣaddaq̣oo. Faʹiñ kaana miñ q̣awmin ʻaduwwil lakum wa-huwa Muʹminuñ fataḥreeru raq̣abatim Muʹminah. Wa-ʹiñ kaana miñ q̣awmim baynakum wa-baynahum mees̤aaq̣uñ fadiyatum musallamatun ʹilaaa ʹahlihee wa-taḥreeru raq̣abatim Muʹminah. Famal lam yajid fa-Ṣiyaamu Shahrayni mutataabiʻayn: tawbatam minal laah: wa-kaanal laahu ʻaleeman Ḥakeemaa.
އަދި އެއްވެސް مؤمن އަކު ކުށުން (އޮޅިގެން މެނުވީ) އެހެން مؤمن އަކު މެރުމަކީ އޮތްކަމެއްނޫނެވެ. ހުއްދަ ވެގެންވާ ކަމެއްނޫނެވެ. އަދި އޮޅުމަކުން (قصد އަކާއިނުލައި) މީހަކު މެރިމީހާ (ދަންނައެވެ!) ފަހެ އެމީހާ مؤمن އަޅަކު މިނިވަންކުރާށެވެ! އަދި އޭނާގެ أهل ވެރިންނަށް - އެބަހީ مَيّت އާގެ أهل ވެރިންނަށް قواعد ން دِيَة އަދާކުރާށެވެ! (دِيَة އަކީ މުދަލުގެތެރެއިން ކަނޑައެޅިގެންވާ މިންވަރެކެވެ.) އެއީ ميّت އާގެ ވާރުތަވެރިން معاف ނުކުރިއްޔާއެވެ. (އެކަމުގެ تفصيل حكم حديث ފޮތްތަކާ فقه ފޮތްތަކުން ބައްލަވާށެވެ!)\nދެންފަހެ މަރުވިމީހާއީ ކަލޭމެން مؤمن ންގެ عداوة ތެރިބަޔަކުގެތެރެއިންވާ މީހެއްކަމުގައި ވަންޏާ (އެބަހީ ކާފަރުބައެއްގެތެރޭގައިވާ مؤمن އެއްނަމަ) ފަހެ އެމީހާ މެރިމީހާ مؤمن އަޅަކު މިނިވަންކުރާށެވެ! (دِيَة ދިނުމެއްނެތެވެ.) އަދި މަރުވިމީހާއީ ކަލޭމެން (مؤمن ން) ނާއެބަޔަކާ ދެމެދު عَهْدُ ކަށަވަރެއް (އެގްރީމެންޓެއް) ވާބަޔަކު މީހުންގެތެރެއިންވާ މީހަކު ކަމުގައިވަންޏާ ފަހެ އޭނާގެ (އެބަހީ ميّت އާގެ) أهل ވެރިންނަށް އަދާކުރެވޭ دِيَة އެއްދިނުން ހުއްޓެވެ. އަދި مؤمن ކަނދުރާއެއް (مؤمن އަޅަކު) މިނިވަންކުރުން ހުއްޓެވެ. ދެންފަހެ މިތިންގޮތުންވެސް އަޅަކު މިނިވަންކުރަން ކުޅަދާނަ ނުވިނަމީހާ ދެން ވިދިވިދިގެން ދެމަސްދުވަހު ރޯދަހިފާށެވެ! އެއީ ﷲ ގެ حضرة އަށް އޭނާވާ توبة އެއްގެ ގޮތުންނެވެ. އަދި ދެނެވޮޑިގެންވާ حكمة ވަންތަ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.
-
4:93
وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَآؤُهُۥ جَهَنَّمُ خَـٰلِدًا فِيهَا وَغَضِبَ ٱللَّهُ عَلَيْهِ وَلَعَنَهُۥ وَأَعَدَّ لَهُۥ عَذَابًا عَظِيمًا
Wa-mañy yaq̣tul Muʹminam mutaʻammidañ fajazaaaʹuhoo Jahannamu khaalidañ feehaa wa-g̣aḍibal laahu ʻalayhi wa-laʻanahoo wa-ʹaʻadda lahoo ʻaẓaaban ʻa-Z̤̣eemaa.
އަދި ހަމަ قصد ގައި مؤمن އަކު މަރައިފިމީހާ (ދަންނައެވެ!) ފަހެ އޭނާގެ جزاء އަކީ - އޭނާގެ عقوبة އަކީ އޭނާ އެތާ ދެމިހުންނަނިވިގޮތުގައި ނަރަކައެވެ. އަދި އޭނާގެމައްޗަށްވާ ﷲ ގެ ކޯފާއެވެ. އަދި އެކަލާނގެ އޭނާއަށް لعنة ލެއްވިއެވެ. އަދި ބޮޑުވެގެންވާ عذاب އެއް އެކަލާނގެ އޭނާއަށް ތައްޔާރުކުރެއްވިއެވެ.\n• ދަންނައެވެ! އިސްވެދިޔަ އާޔަތްތަކުގެ އިތުރު تفصيل ތަކާއި بيان ތައް ފޮތްތަކުގައި بيان ވެގެންވެއެވެ. މިފޮތް އަދި އެކަމަށް ތަނަވަސްވެގެން ނުވެއެވެ. މިފޮތުގައި މިވަނީ ބާވައިލެއްވި ބަސްފުޅުގެ ترجمة އެކަންޏެވެ.
-
4:94
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا ضَرَبْتُمْ فِى سَبِيلِ ٱللَّهِ فَتَبَيَّنُوا۟ وَلَا تَقُولُوا۟ لِمَنْ أَلْقَىٰٓ إِلَيْكُمُ ٱلسَّلَـٰمَ لَسْتَ مُؤْمِنًا تَبْتَغُونَ عَرَضَ ٱلْحَيَوٰةِ ٱلدُّنْيَا فَعِندَ ٱللَّهِ مَغَانِمُ كَثِيرَةٌ ۚ كَذَٰلِكَ كُنتُم مِّن قَبْلُ فَمَنَّ ٱللَّهُ عَلَيْكُمْ فَتَبَيَّنُوٓا۟ ۚ إِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا
Yaaaʹayyuhal laẓeena ʹaamanooo ʹiẓaa ḍarabtum fee Sabeelil laahi fatabayyanoo wa-laa taq̣ooloo liman ʹalq̣aaa ʹilaykumus salaama lasta Muʹminaa! tabtag̣oona ʻaraḍal ḥayaatid dunyaa: faʻiñdal laahi mag̣aanimu kas̤eerah. Kaẓaalika kuñtum miñ q̣ablu famannal laahu ʻalaykum fatabayyanoo. ʹInnal laaha kaana bimaa taʻmaloona Khabeeraa.
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! - ކަލޭމެން ﷲ ގެމަގުގައި جهاد ކޮށް ހަނގުރާމަކުރުމަށް ބިންމަތީގައި ހިނގާފައިދަންޏާ (ދިމާވާ މީހުން އެއީ ލެޔާ މުދާ حلال ކާފަރުންތޯ ނުވަތަ ލެޔާ މުދާ حَرَام ވެގެންވާ مؤمن ންތޯ ބަލައި) ރަނގަޅަށް ސާފުކޮށް تحقيق ކުރާށެވެ. އަދި ކަލޭމެންނަށް إسلام ކަން ފާޅުކޮށް ކިޔަމަންތެރިވެއްޖެ މީހާ (އޭނާގެ މުދަލާއި غنيمة ގެ ދަހިވެތިކަމުގައި) އޭނާޔާ ދިމާއަށް ކަލޭ ތިޔައީ مؤمن އެއްނޫނޭ ކަލޭމެން ނުބުނާށެވެ! އަދި އޭނާ ނުމަރާށެވެ! އެފަދަ ކަންތައް ކަލޭމެން އެކުރަނީ ދުނިޔޭގެ حياة ގެ ބޭނުންތައް އެދިގެންނެވެ. ފަހެ ﷲ ގެ حضرة ގައިވާ ހެވާއި غنيمة ތައް މާގިނައެވެ. އަދި މީގެ ކުރިން - އެބަހީ ކަލޭމެންވެސް إسلام ވުމުގެކުރިން ހަމައެފަދައިންވީމުއެވެ. (ކަލޭމެންގެ ލެޔާ މުދާވެސް ސަލާމަތްވީ އެ كلمة ކިއުމުގެ ސަބަބުންނެވެ.) ދެންފަހެ ﷲ تعالى ކަލޭމެންގެމައްޗަށް ދަރުމަވަންތަވެވޮޑިގެން توبة ލެއްވީމެވެ. ފަހެ އެހެންވެ ކަލޭމެންވެސް ރަނގަޅަށް ބަލާ تحقيق ކުރާށެވެ! ހަމަކަށަވަރުން ﷲ تعالى ކަލޭމެން ކުރާހާ ކަންކަމުގެ خبر ދެނެވޮޑިގެންވާ ކަލަކުކަމުގައި ވޮޑިގެންވެއެވެ. • ދަންނައެވެ. އިސްވެދިޔަ އާޔަތް ބާވައިލެއްވި ސަބަބަކާމެދު ގިނަ ރިވާޔަތްތައް އައިސްފައިވެއެވެ. ހުރިހާ ރިވާޔަތެއްގެ خُلاَصة އަކީ ގާތްގަނޑަކަށް އެކެއްޗެކެވެ. تفسير طبري ގައި ރިވާވެގެންވެއެވެ. مسلم ންގެ މީހަކު مشرك ންގެމީހެއްގެ މައްޗަށް އަރައިގަތެވެ. ދެން مشرك މީހާ ބުންޏެވެ. - އަހުރެންނަކީ مسلم އެކެވެ. أَشْهَدُ أَنْ لاَ إِلَهَ إِ لاَّ ﷲ ކިޔައި އޭނާ إسلام ކަން ފާޅުކޮށްފިއެވެ. - (ނަމަވެސް مسلم މީހާއަށް ހީވީ އޭނާ ކަނޑިދަށުން ސަލާމަތްވާންވެގެން ދެއްކި ބަހަނާއެއް ކަމަށެވެ.) އެހެންވެ އޭނާ މަރައިލައިފިއެވެ. އެކަމުގެ خبر رسول ﷲ ﷺ އަށް ލިބިވަޑައިގަތުމުން އޭނާ މަރައިލިމީހާއާއި ދިމާއަށް حديث ކުރެއްވިއެވެ. އޭނާ لاَ إِلَهَ إِ لاَّ ﷲ ކިއުމަށްފަހުވެސް ކަލޭ އޭނާ މެރީހެއްޔެވެ؟ އެމީހާ عُذْرُ ވެރިވަމުން ދެންނެވިއެވެ. އޭ نبي ﷲ އެވެ. އޭނާ އެހެންބުނީ ސަލާމަތްވާންވެގެންނެވެ. نبي ﷲ ﷺ حديث ކުރެއްވިއެވެ. "فَهَلاَّ شَقَقْتَ عَنْ قَلْبِهِ" (يعني: ކަލޭ އޭނާގެ ހިތް ފަޅައިގެން ބެލިނަމައެވެ. ނުބެލީ ކީއްވެގެންހެއްޔެވެ؟) މިއެވެ. އަދި މީގެ އިތުރު ރިވާޔަތްތައްވެސްވެއެވެ. - والله أعلم بالصّواب
-
4:95
لَّا يَسْتَوِى ٱلْقَـٰعِدُونَ مِنَ ٱلْمُؤْمِنِينَ غَيْرُ أُو۟لِى ٱلضَّرَرِ وَٱلْمُجَـٰهِدُونَ فِى سَبِيلِ ٱللَّهِ بِأَمْوَٰلِهِمْ وَأَنفُسِهِمْ ۚ فَضَّلَ ٱللَّهُ ٱلْمُجَـٰهِدِينَ بِأَمْوَٰلِهِمْ وَأَنفُسِهِمْ عَلَى ٱلْقَـٰعِدِينَ دَرَجَةً ۚ وَكُلًّا وَعَدَ ٱللَّهُ ٱلْحُسْنَىٰ ۚ وَفَضَّلَ ٱللَّهُ ٱلْمُجَـٰهِدِينَ عَلَى ٱلْقَـٰعِدِينَ أَجْرًا عَظِيمًا
Laa- yastawil q̣aaʻidoona minal Muʹmineena g̣ayru ʹuliḍ ḍarari wal-Mujaahidoona fee Sabeelil laahi biʹamwaalihim wa-ʹañfusihim. Faḍḍalal laahul Mujaahideena biamwaalihim wa-ʹañfusihim ʻalal q̣aaʻideena darajah wa-kullañw waʻdal laahul ḥusnaa: wa-faḍḍalal laahul Mujaahideena ʻalal q̣aaʻideena ʹajran ʻaz̤̣eemaa;―
(ލޯއަނދިރިވުންފަދަ ގައިބާރު ދެރަވުންފަދަ ދެންވެސް) އެކި عُذْر ދިމާވެގެންމެނުވީ އެއްވެސް ސަބަބެއްނެތި ﷲ ގެމަގުގައި جهاد ކުރުމަށް ނުގޮސް ތިމާމެންގެ ގޯތިގެދޮރުތަކުގައިތިބި مؤمن ންނާއި ތިމާމެންގެ މުދަލާއި ޖާނުން ﷲ ގެމަގުގައި جهاد ކުރާމީހު ންނާއި މިދެބައިމީހުން އެއްވަރުވެ ހަމަހަމަވެގެން ނުވެއެވެ. ފަހެ ތިމާމެންގެ މުދަލާއި ޖާނުން جهاد ކުރާ مجاهد ން ގޭގައި ނުގޮސްތިބިމީހުންގެމައްޗަށް ﷲ تعالى خاصّ ދަރަޖައެއް މާތްކުރެއްވިއެވެ. އަދި ކޮންމެ ބަޔަކަށްވެސް ﷲ وعد ކުރައްވާފައިވަނީހެވެވެ. ސުވަރުގެއެވެ. އަދި ގޯތިގެދޮރުގައި (جهاد ކުރުމަށް ނުގޮސް) ތިބިމީހުންގެމައްޗަށް ﷲ تعالى مجاهد ންނަށް ބޮޑުވެގެންވާ ދަރުމައެއް ދެއްވުމުން މާތްކުރައްވާ މަތިވެރިކުރެއްވިއެވެ.
-
4:96
دَرَجَـٰتٍ مِّنْهُ وَمَغْفِرَةً وَرَحْمَةً ۚ وَكَانَ ٱللَّهُ غَفُورًا رَّحِيمًا
Darajaatim minhu wa-mag̣firatañw waraḥmah. Wa-kaanal laahu G̣afoorar Raḥeemaa.
އެއީ އެކަލާނގެ حضرة ންވާ އެތައް ދަރަޖަ ތަކެކެވެ. (އިސްލާމްވުމުން ދަރަޖައެކެވެ. إسلام ކަމުގައި هجرة ކުރުމުން ދަރަޖައެކެވެ. އަދިވެސް އަދިވެސް.....) އަދި ފާފަފުއްސެވުމާއި رحمة އެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލަކުކަމުގައި ﷲ تعالى ވޮޑިގެންވެއެވެ.
-
4:97
إِنَّ ٱلَّذِينَ تَوَفَّىٰهُمُ ٱلْمَلَـٰٓئِكَةُ ظَالِمِىٓ أَنفُسِهِمْ قَالُوا۟ فِيمَ كُنتُمْ ۖ قَالُوا۟ كُنَّا مُسْتَضْعَفِينَ فِى ٱلْأَرْضِ ۚ قَالُوٓا۟ أَلَمْ تَكُنْ أَرْضُ ٱللَّهِ وَٰسِعَةً فَتُهَاجِرُوا۟ فِيهَا ۚ فَأُو۟لَـٰٓئِكَ مَأْوَىٰهُمْ جَهَنَّمُ ۖ وَسَآءَتْ مَصِيرًا
ʹInnal laẓeena tawaffaahumul malaaaʹikatu z̤̣aalimeee ʹañfusihim q̣aaloo feema kuñtum: Q̣aaloo kunnaa mustaḍʻafeena fil ʹarḍ. Q̣aalooo ʹalam takun ʹarḍul laahi waasiʻatañ fatuhaajiroo feehaa? Faʹulaaaika maʹwaahum Jahannam, Wasaaaʹat maṣeeraa:
ހަމަކަށަވަރުން އެމީހުން އެމީހުންގެ نفس ތަކަށް އަނިޔާވެރިވެގެންވާ حال (مشرك ންކަމުގައިވާ حال) މަލާއިކަތްބޭކަލުން އެމީހުންގެ ފުރާނަތައް ހިއްޕަވާ މީހުންނަށް މަލާއިކަތްބޭކަލުން ވިދާޅުވާނެއެވެ. ދީނުގެގޮތުން ކަލޭމެންވީ ކޮންފަދައަކުން ކިހިނަކުންހެއްޔެވެ؟ އެމީހުން ދަންނަވާނެއެވެ. އަހުރެމެންވީ ބިމުގައި ބަލިކަށި ދެރަ ضَعِيْفُ ބަޔަކުކަމުގައެވެ. (مُشْرك ން ގަދަފަދަކަމުން شرك ދޫކޮށް އިސްލާމްދީން ފާޅުކޮށް އިސްލާމްވެގެން އުޅެވޭވަރު ނުވީއެވެ.) އެބޭކަލުން ވިދާޅުވާނެއެވެ. އަޅެފަހެ ކަލޭމެން هجرةކުރުމަށްޓަކައި ﷲގެ ބިންގަނޑު ތަނަވަސްވެގެން ނުވޭހެއްޔެވެ؟ (ތަނަވަސްވެގެންވާނެއެވެ. هجرة ނުކުރީ ކީއްވެގެންހެއްޔެވެ؟) ފަހެ އެފަދަމީހުން (ދަންނައެވެ!) އެމީހުންގެ قيامة ދުވަހުގެ މަރުކަޒަކީ ނަރަކައެވެ. އެއީ ގޮސްތިބުން ނުބައިވެގެންވާ ތަނެކެވެ.
-
4:98
إِلَّا ٱلْمُسْتَضْعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلْوِلْدَٰنِ لَا يَسْتَطِيعُونَ حِيلَةً وَلَا يَهْتَدُونَ سَبِيلًا
ʹIllal mustaḍʻafeena minar rijaali wannisaaaʹi walwildaani laa- yastaṭeeʻoona ḥeelatañw walaa yahtadoona sabeelaa.
ފިރިހެނުންކުރެ ދެރަނިކަމެތިންނާއި އަންހެނުންނާއި އަދި ކުޑަކުދިންމެނުވީއެވެ. އެމީހުންނަކީ އެމީހުންނަށް އެމީހުން مدينة އަށްދާނެ އެއްވެސް حيلة އެއް އަދި ދާނެ މަގެއްވެސް ނުވާމީހުންނެވެ. މަގު ނޭނގޭމީހުންނެވެ.
-
4:99
فَأُو۟لَـٰٓئِكَ عَسَى ٱللَّهُ أَن يَعْفُوَ عَنْهُمْ ۚ وَكَانَ ٱللَّهُ عَفُوًّا غَفُورًا
Faʹulaaaʹika ʻasal laahu ʹañy yaʻfuwa ʻanhum: wa-kaanal laahu ʻAfuwwan G̣afooraa.
ފަހެ އެމީހުންނަށް ﷲ އެމީހުންގެ ފާފަތައް ފުއްސެވުން أمّيد ކުރެވެއެވެ. ގިނަގިނައިން عفو ކުރައްވާ ފާފަ ފުއްސެވުން ބޮޑުވެގެންވާކަލަކުކަމުގައި. ﷲ ވޮޑިގެންވެއެވެ.
-
4:100
۞ وَمَن يُهَاجِرْ فِى سَبِيلِ ٱللَّهِ يَجِدْ فِى ٱلْأَرْضِ مُرَٰغَمًا كَثِيرًا وَسَعَةً ۚ وَمَن يَخْرُجْ مِنۢ بَيْتِهِۦ مُهَاجِرًا إِلَى ٱللَّهِ وَرَسُولِهِۦ ثُمَّ يُدْرِكْهُ ٱلْمَوْتُ فَقَدْ وَقَعَ أَجْرُهُۥ عَلَى ٱللَّهِ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا
Wa-mañy yuhaajir fee Sabeelil laahi yajid fil ʹarḍi muraag̣amañ kas̤eerañw wasaʻah. wa-mañy yakhruj mim baytihee muhaajiran ʹilal laahi wa-Rasoolihee s̤umma yudrikhul mawtu faq̣ad waq̣aʻa ajruhoo ʻalal laah: wa-kaanal laahu G̣afoorar Raḥeemaa.
އަދި ﷲ ގެމަގުގައި هجرة ކުރާމީހާއަށް އޭނާ هجرة ކުރާނެ ގިނަ ތަންތަން شريعة ގެ މަގުތަކާއި دين ގެ މަގުތައް އޭނާ ދެކޭނެއެވެ. އަދި ރިޒުގު ތަނަވަސްކަންވެސް އޭނާ ދެކޭނެއެވެ. އަދި އެމީހަކު ﷲ ގެ މަގުގައި هجرة ކުރުމަށް އޭނާގެ ގެއިން ނުކުތްމީހާ (އޭނާ ދާންވީ ތަނަށް ނުދެވެނީސް) އޭނާއަށް މަރު އަތުވެއްޖެނަމަ އެބަހީ މަގުމަތީގައި އޭނާ މަރުވެއްޖެއްޔާ ހަމަކަށަވަރުން ﷲ ގެ حضرة ގައި އޭނާއަށް هجرة ކުރުމުގެ ދަރުމަޔާ ثواب ރަނގަޅަށް ކަނޑައެޅިއްޖެއެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލަކުކަމުގައި ވޮޑިގެންވެއެވެ.
-
4:101
وَإِذَا ضَرَبْتُمْ فِى ٱلْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُوا۟ مِنَ ٱلصَّلَوٰةِ إِنْ خِفْتُمْ أَن يَفْتِنَكُمُ ٱلَّذِينَ كَفَرُوٓا۟ ۚ إِنَّ ٱلْكَـٰفِرِينَ كَانُوا۟ لَكُمْ عَدُوًّا مُّبِينًا
Wa-ʹiẓaa ḍarabtum fil ʹarḍi fallaysa ʻalaykum junaaḥun ʹañ taq̣ṣuroo minaṣ Ṣalaati ʹin khiftum ʹañy yaftinakumul laẓeena kafaroo: ʹinnal kaafireena kaanoo lakum ʻaduwwam mubeenaa.
އަދި (އޭ މީސްތަކުންނޭވެ!) ކަލޭމެން ބިމުގައި ދަތުރުފަތުރުކުރަންޏާ ކަލޭމެންގެ عدوُّ ންގެ ފަރާތުން ކާފަރުންގެ ފަރާތުން ކަލޭމެން فِتْنَة ވެރިކޮށްފާނޭކަމަށް ކަލޭމެން ބިރުވެތިވަންޏާ ކަލޭމެން ނަމާދު قصر ކުރުމަކުން (ކުރު ކުރުމަކުން) ކަލޭމެންނަކަށް ކުށެއްނެތެވެ. (އެއީ ހުއްދަ ކަމެކެވެ.) ހަމަކަށަވަރުން ކާފަރުން އެއީ ކަލޭމެން (مؤمن ން) ނަށް بيان ވެގެންވާ عداوة ތެރިންކަމުގައިވެއެވެ. • ދަންނައެވެ! މިއާޔަތުގައިމިވާ ކާފަރުން فِتْنَة ވެރިކޮށްފާނޭކަމުގެ ބިރުވެތިވަންޏާއޭ އޮތް شَرْطُ މިހާރު ނެތެވެ. އެމީހުންގެ ފަރާތުން فِتْنَة ވެރިކަމުގެ ބިރެއްނެތަސް ދަތުރުމަތީ ނަމާދު قصر ކުރުން ހުއްދައެވެ. އެކަން حديث ން ރަނގަޅަށް ސާބިތެވެ. والله أعلم.
-
4:102
وَإِذَا كُنتَ فِيهِمْ فَأَقَمْتَ لَهُمُ ٱلصَّلَوٰةَ فَلْتَقُمْ طَآئِفَةٌ مِّنْهُم مَّعَكَ وَلْيَأْخُذُوٓا۟ أَسْلِحَتَهُمْ فَإِذَا سَجَدُوا۟ فَلْيَكُونُوا۟ مِن وَرَآئِكُمْ وَلْتَأْتِ طَآئِفَةٌ أُخْرَىٰ لَمْ يُصَلُّوا۟ فَلْيُصَلُّوا۟ مَعَكَ وَلْيَأْخُذُوا۟ حِذْرَهُمْ وَأَسْلِحَتَهُمْ ۗ وَدَّ ٱلَّذِينَ كَفَرُوا۟ لَوْ تَغْفُلُونَ عَنْ أَسْلِحَتِكُمْ وَأَمْتِعَتِكُمْ فَيَمِيلُونَ عَلَيْكُم مَّيْلَةً وَٰحِدَةً ۚ وَلَا جُنَاحَ عَلَيْكُمْ إِن كَانَ بِكُمْ أَذًى مِّن مَّطَرٍ أَوْ كُنتُم مَّرْضَىٰٓ أَن تَضَعُوٓا۟ أَسْلِحَتَكُمْ ۖ وَخُذُوا۟ حِذْرَكُمْ ۗ إِنَّ ٱللَّهَ أَعَدَّ لِلْكَـٰفِرِينَ عَذَابًا مُّهِينًا
Wa-ʹiẓaa kuñta feehim faʹaq̣amta lahumuṣ Ṣalaata faltaq̣um ṭaaaʹifatum minhum maʻaka wal-yaʹkhuẓooo ʹasliḥatahum: faʹiẓaa sajadoo fal-yakoonoo miñw waraaaʹikum. Wal-taʹti ṭaaaʹifatun ʹukhraa lam yuṣalloo falyuṣalloo maʻaka wal-yaʹkhuẓoo ḥiẓrahum wa-ʹasliḥatahum. Waddal laẓeena kafaroo law tag̣fuloona ʻan ʹasliḥatikum wa-ʹamtiʻatikum fayameeloona ʻalaykum maylatañw waaḥidah. Wa-laa junaaḥa ʻalaykum ʹiñ kaana bikum ʹaẓam mim maṭarin ʹaw kuñtum marḍaaa ʹañ taḍaʻooo ʹasliḥatakum: wa-khuẓoo ḥiẓrakum. ʹInnal laaha ʹaʻadda lilkaafireena ʻaẓaabam muheenaa.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންގެތެރޭގައި ވެފައި (ހަނގުރާމައިގެ ވަގުތު) އެމީހުންނާއިއެކު ނަމާދު قائم ކުރައްވަންޏާ އެމީހުންގެތެރެއިން އެއް جماعة އެއް ކަލޭގެފާނާއިއެކު ނަމާދަށް ތެދުވާހުށިކަމެވެ! (މިއީ خَوْفُ ނަމާދުކުރައްވާ އެއްގޮތެވެ.) އަދި (އަނެއްބައިމީހުން) އެމީހުން ހަތިޔާރު ހިފައިގެން ތިބޭހުށިކަމެވެ! ދެންފަހެ ނަމާދަށް ތިބި ޖަމާއަތުގެ މީހުން سجدة ކޮށްފިއްޔާ (ދެ سجدة ކޮށް ނިމުނީމާ ދެން އެމީހުން ކަލޭގެފާނުންގެ ފަހަތްޕުޅަށްގޮސް (ބާކީ އޮތް އަނެއް ركعة ކުރާހުށިކަމެވެ!) ދެން ކަލޭގެފާނު އަރިހު ركعة ނުކޮށްތިބި މީހުން އަންނަހުށިކަމެވެ! އަދި އެމީހުން ކަލޭގެފާނާއިއެކު ނަމާދުކުރާހުށިކަމެވެ! (އެއީ ކަލޭގެފާނުންގެ ފަހު ركعة އެވެ.) އަދި އެބައިމީހުން ހުޝިޔާރުވެ ހަތިޔާރު ހިފައިގެން ތިބޭހުށިކަމެވެ! (އެއީ ފާރައަށް ތިބި جماعة އެވެ.) އަދި ކާފަރުންގެމީހުން ލޯބިކުރަނީ - އެމީހުން އެދެނީ - ކަލޭމެން ކަލޭމެންގެ ހަތިޔާރުންނާއި އަދި ކަލޭމެންގެ ސާމާނުން ކަލޭމެން غافل ވުމަށެވެ. (ކަލޭމެންގެ ހުޝިޔާރުކަން ކެނޑޭ ވަގުތަކަށެވެ.) ދެން އޭރުން އެކީއެކައްޗަކަށް އެއްފަހަރާ ކަލޭމެންގެމައްޗަށް އެމީހުން އަރައިގަތުމަށެވެ. (ކަލޭމެންގެ ކަންތައް ނިންމައިލުމަށެވެ.) އަދި ކަލޭމެންނަށް ވާރޭގެ ސަބަބުން އުނދަގުލެއްވަންޏާ ނުވަތަ ކަލޭމެން ބަލިމީހުންކަމުގައިވަންޏާ ކަލޭމެންގެ ހަތިޔާރުތައް ބެހެއްޓުމަކުން ކަލޭމެނަކަށް ކުށެއްނެތެވެ. އަދި އެކަމަކު (އެ حال ގައިވެސް) ބިރުވެތިވެ ހުޝިޔާރުވެގެންތިބޭހުށިކަމެވެ! ހަމަކަށަވަރުން ﷲ تعالى ކާފަރުންނަށް އިހާނާތްތެރިވެގެންވާ عذاب އެއް ތައްޔާރު ކުރެއްވިއެވެ.
-
4:103
فَإِذَا قَضَيْتُمُ ٱلصَّلَوٰةَ فَٱذْكُرُوا۟ ٱللَّهَ قِيَـٰمًا وَقُعُودًا وَعَلَىٰ جُنُوبِكُمْ ۚ فَإِذَا ٱطْمَأْنَنتُمْ فَأَقِيمُوا۟ ٱلصَّلَوٰةَ ۚ إِنَّ ٱلصَّلَوٰةَ كَانَتْ عَلَى ٱلْمُؤْمِنِينَ كِتَـٰبًا مَّوْقُوتًا
Faʹiẓaa q̣aḍaytumuṣ Ṣalaata faẓkurul laaha q̣iyaamañw waq̣uʻoodañw waʻalaa junoobikum. Faʹiẓaṭ maʹnañtum faʹaq̣eemuṣ Ṣalaah: ʹinnaṣ Ṣalaata kanat ʻalal Muʹmineena kitaabam mawq̣ootaa.
ދެންފަހެ ކަލޭމެން ނަމާދުކޮށް ނިމިއްޖެއްޔާ ކަލޭމެން ކޮޅަށްތިބެގެންނާއި ކަލޭމެން އިށީނދެތިބެގެންނާއި އަދި ކަލޭމެން އަރިކަށިމައްޗަށް އޮށޯވެތިބެގެންވެސް (ހުރިހާ حال އެއްގައިވެސް) ކަލޭމެން ﷲ އަށް ذكر ކުރާށެވެ! އެކަލާނގެ ހަނދާންކޮށް ހަދާށެވެ! ދެންފަހެ (އެއްވެސް ބިރުވެތިކަމެއްނެތި ދަތުރު ނިމިއްޖެއްޔާ) قواعد ން ކަލޭމެން ނަމާދު قائم ކުރާށެވެ! ހަމަކަށަވަރުން ނަމާދަކީ مؤمن ންގެމައްޗަށް ވަގުތު ކަނޑައެޅިގެންވާ فرض އެއްކަމުގައިވިއެވެ.
-
4:104
وَلَا تَهِنُوا۟ فِى ٱبْتِغَآءِ ٱلْقَوْمِ ۖ إِن تَكُونُوا۟ تَأْلَمُونَ فَإِنَّهُمْ يَأْلَمُونَ كَمَا تَأْلَمُونَ ۖ وَتَرْجُونَ مِنَ ٱللَّهِ مَا لَا يَرْجُونَ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًا
Wa-laa tahinoo fib tig̣aaaʹil q̣awm ʹIñ takoonoo taʹlamoona faʹinnahum yaʹlamoona kamaa taʹlamoon; wa-tarjoona minal laahi maa laa- yar-joon. Wa-kaanal laahu ʻAleeman Ḥakeemaa.
(އޭ مؤمن ންނޭވެ!) ކާފަރުންގެމީހުން ހޯދައި އެމީހުންނާ ހަނގުރާމަކުރުމުގައި ކަލޭމެން ބަލިކަށިވެ ދެރަނުވާށެވެ! ކަލޭމެންނަށް ލިބިފައިވާ زَخَم އާއި ފާރުގެ ސަބަބުން ކަލޭމެންނަށް ވޭންލިބޭއިރު އެމީހުންނަށްވެސް އެމީހުންގެ زَخَم ތަކުން ހަމަ ކަލޭމެނަށް ވޭންލިބޭފަދައިން ވޭންލިބެއެވެ. އަދި ކަލޭމެން ﷲ ގެ حضرة ން އެމީހުން ނޭދޭކަންމަކަށް އެދެމެވެ. (އެއީ ދަރުމަޔާ ސަވާބު އަދި ސުވަރުގެ ލިބުމަށެވެ. އެއީ ކަލޭމެނަށްވާ ބޮޑު ފައިދާއެވެ.) އަދި ﷲ تعالى އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލަކުކަމުގައި ވޮޑިގެންވެއެވެ.
-
4:105
إِنَّآ أَنزَلْنَآ إِلَيْكَ ٱلْكِتَـٰبَ بِٱلْحَقِّ لِتَحْكُمَ بَيْنَ ٱلنَّاسِ بِمَآ أَرَىٰكَ ٱللَّهُ ۚ وَلَا تَكُن لِّلْخَآئِنِينَ خَصِيمًا
ʹInnaaa ʹañzalnaaa ʹilaykal Kitaaba bilḥaq̣q̣i litaḥkuma baynan naasi bimaaa ʹaraakal laah: Wa-laa takul lilkhaaaʹineena khaṣeemaa;
105 ވަނަ އާޔަތުން ފެށިގެން 112 ވަނަ އާޔަތުގެނިޔަލަށް މިސޫރަތުގައި މިވަނީ رَسو ﷲ ﷺ ގެ ޒަމާނުގައި ބަޔަކުމީހުން ކުރި ވައްކަމެއްގެ ވާހަކަޔާ އެޔާބެހޭގޮތުން އައި خبر ތަކުގެ ވާހަކައެވެ. تفسير ފޮތްތަކުގައި ގިނަ ރިވާޔަތުން އެވާހަކަ އައިސްފައިވެއެވެ. خلاصة އަކީ އެކައްޗެކެވެ. أبوجعفر الطّبرى އެކަލޭގެފާނުންގެ تفسير: جَامِعُ البَيَان ގައި بَيَان ކުރައްވާފައިވާ އެއްރިވާޔަތާއި ބައެއް ވާހަކަ ކުރުކޮށް ދަންނަވައިލާނަމެވެ. عَاصِمُ بْنُ عُمَربْنُ قَتَادَة އޭނާގެ ބައްޕަ އޭނާގެ ކާފަ قَتَادَة بن النعمان ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކާފަ ވިދާޅުވިއެވެ. بَنُوْ أُبَيْرِق ގެ عَائِلَة ގައި بِشْرُ އަކާއި بُشَيْر އަކާއި އަދި مُبَشِّر އެއްވެއެވެ. މިތަނުން މި بِشْرُ އަކީ منافق އެކެވެ. އަދި ބައެއް ރިވާޔަތުގައި އެއީ طُعْمَة بْنُ أُبَيْرِق އެވެ. ދެންފަހެ މި طُعْمَة بْنُ أُبَيْرِق މީހެއްގެ ގެއިން ވައްކަންކޮށް ގޮދަންފުށާއި ހަނގުރާމައިގެ ބައެއް ތަކެތި ނަގައިހެދިއެވެ. ދެން އެކަމާއިބެހޭގޮތުން މީނާއާއި ސުވާލު ވެވުނީމާ އޭނާ ބުނީ يهودي އެއްގެ ވާހަކައެވެ. އެއީ ކަމާނުވެސް ބެހޭ މީހެކެވެ. زَيْدُ بنُ السَّمِيْنُ ކިޔާ މީހެކެވެ. އަދި މި أُبَيْرِق ގެ ފަރާތުން أَسِيْرُ بنُ عُرْوَة އައިސް رَسول ﷲ ﷺ ގެ އަރިހުގައި أُبَيْرِق ވައްކަންކުރި ވާހަކަ رَسول އާއަށް ދެންނެވި قَتَادَة بن النعمان ގެ ޝަކްވާކޮށްފިއެވެ. އޭނާ ދެންނެވިއެވެ. އޭ رَسول ﷲ ﷺ އެވެ. قَتَادَة بن النعمان އާއި އޭނާގެ ބޮޑުބޭބެ އަހުރެމެންގެ ހަމަ ރަނގަޅު عائلة އަކަށް ވައްކަމުގެ تُهْمَة ކޮށްފިއެވެ. އެމީހުންނަކީ إسلام ކަމާއި صلح ވެރިކަމުގެ ބައެކެވެ. އެއްވެސް دليل އެއް ثابت ކަމެއްނެތި ވައްކަމުގެ ތުހުމަތު އެޅުވިއެވެ. މިމޭރުމުން އޭނާ ވާހަކަދައްކާ أُبَيْرِق ގެފަރާތުން ވަރަށް دِفَاعُ ކޮށްފިއެވެ. ދެންފަހެ قَتَادَة ވަޑައިގަތުމުން رَسو ﷲ ﷺ އެކަލޭގެފާނަށް حديث ކުރެއްވިއެވެ. إسلام ކަމާއި صالح ކަންހުރި عائلة އެއްގެމައްޗަށް އެއްވެސް دليل އެއްނެތި ކަލޭގެފާނު ވައްކަމުގެ ތުހުމަތު ކުރީއެވެ. މިގޮތުން އެ أُبَيْرِق ގެފަރާތުން دفاع ކުރައްވާ ވާހަކަފުޅުދެއްކެވުނުކަމުގައިވިއެވެ. ދެންފަހެ قَتَادَة ވިދާޅުވިއެވެ. އަހުރެން رَسول ﷲ ﷺ އަށް އެއްވެސް އެއްޗެއް ނުދަންނަވައި ބޮޑުބޭބެގާތަށް އައުމުން ބޮޑުބޭބެ ބުނުއްވިއެވެ. خبر ކިހިނެއްހެއްޔެވެ؟ رَسو ﷲ ﷺ حديث ކުރެއްވި ބަސްފުޅު އަހުރެން ކިޔައިދިނީމެވެ. ބޮޑުބޭބެ ބުނުއްވިއެވެ. ވާގިއެދެވެނީ ﷲ ގެ حضرة ންނެވެ. ދެން މާލަހެއްނުވެ އިސްވެދިޔަ އާޔަތްތައް ﷲ ބާވައިލައްވާ حقيقة ސާފުވެގެން ހިނގައްޖެއެވެ. ވައްކަންކުރީ أُبَيْرق ކަމާއި އަދި އޭނާގެ ފަރާތުން رسول އާގެ އަރިހުގައި دفاع ކުރިމީހުން އެދެއްކީ ނުބައި ވާހަކައެއްކަމާއި އަދި قَتَادة ގެފާނު އެދެއްކެވި ވާހަކަފުޅަކީ ހަމަ ތެދެއްކަމާއި އަދި ކަމާއި ނުބެހޭ يهودي އެއްގެ ބޮލުގައި އެކަން އެޅުވުމަކީ حيران ވާފަދަ ދޮގެއްކަމާއި އަދި رَسو ﷲ ﷺ أُبَيْرِق ގެ عائلة އާއިމެދު އެވިދާޅުވެވުނީ ރަނގަޅަށް ނޫންކަމާއި މިހުރިހާކަމެއް އެއާޔަތްތަކުގައި بيان ވެގެން ދިޔައީއެވެ. - އަދި މިއާޔަތްތަކުގެ ފަހަތަށް މިވާ 113 ވަނަ އާޔަތުގައި އެވަނީ ﷲ އެކަލާނގެ ލޯބިވެވޮޑިގެންވާ މާތް رسول އާއަށް ހުރި އޯގާވަންތަކަމާއި رحمة އާއި އަދި މާތްކަމުގެ ވާހަކަޔާ އޯގާވެރިކަމުގެ ބަސްފުޅުތަކެވެ. نصيحة އާއި وعظ އާއި عبرة ން ފުރިގެންވާ رحمة ގެ ބަސްފުޅުތަކެވެ.\n (އޭ رَسول ﷲ އެވެ!) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް މިފޮތް ބާވައިލައްވަނީ ﷲ ކަލޭގެފާނަށް އެންގެވިފަދައަކުން ކަލޭގެފާނު މީސްތަކުންގެމެދުގައި حكم ކުރެއްވުމަށެވެ. (ކަލޭގެފާނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނޫނެވެ.) އަދި خيانة ތެރިންގެ ފަރާތުން دفاع ކުރައްވާ ބޭކަލަކުކަމުގައި ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!
-
4:106
وَٱسْتَغْفِرِ ٱللَّهَ ۖ إِنَّ ٱللَّهَ كَانَ غَفُورًا رَّحِيمًا
Wastag̣firil laah; innal laaha kaana G̣afoorar Raḥeemaa.
އަދި ﷲ ގެ حضرة ގައި ފާފަ ފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ. (އެއީ أبَيْرِق ގެފަރާތުން دفاع ކުރެއްވުމަށް ވިދާޅުވެވުނު ބަސްފުޅުންކަމުގައި مفسّر ން ވިދާޅުވިއެވެ.) ހަމަކަށަވަރުން ﷲ تعالى ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑު ކަލަކުކަމުގައެވެ.
-
4:107
وَلَا تُجَـٰدِلْ عَنِ ٱلَّذِينَ يَخْتَانُونَ أَنفُسَهُمْ ۚ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ خَوَّانًا أَثِيمًا
Wa-laa tujaadil ʻanil laẓeena yakhtaanoona ʹañfusahum: ʹinnal laaha laa- yuḥibboo mañ kaana khawwaanan ʹas̤eemaa;
އަދި އެމީހުން އެމީހުންގެ نفس ތަކަށް خيانة ތެރިވާމީހުންގެ ފަރާތުން (އެބަހީ بَنُوْ أبَيْرِق ގެމީހުން ދިފާއުކުރެއްވުމަށް جدل ނުކުރައްވާށެވެ!) ހަމަކަށަވަރުން خيانة ތެރިވުން ބޮޑު އަދި ފާފަކުރުން ގިނަ އެއްވެސް މީހަކަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.
-
4:108
يَسْتَخْفُونَ مِنَ ٱلنَّاسِ وَلَا يَسْتَخْفُونَ مِنَ ٱللَّهِ وَهُوَ مَعَهُمْ إِذْ يُبَيِّتُونَ مَا لَا يَرْضَىٰ مِنَ ٱلْقَوْلِ ۚ وَكَانَ ٱللَّهُ بِمَا يَعْمَلُونَ مُحِيطًا
Yastakhfoona minan naasi wa-laa yastakhfoona minal laahi wa-Huwa maʻahum ʹiẓ yubayyitoona maa laa- yarḍaa minal q̣awl: wa-kaanal laahu bimaa yaʻmaloona Muḥeeṭaa.
އަދި އެމީހުން - އެބަހީ އެ خيانة ތެރިވީމީހުން އެމީހުން އެކުރި ކަންތައް މީސްތަކުންނަށް ނިވައިކޮށް ފޮރުވަނީއެވެ. ވަންހަނާކުރަނީއެވެ. އަދި އެމީހުން ﷲ އަށް އެކަން ވަންހަނާ ނުކުރެއެވެ. (ނުވެސް ކުރެވޭނެއެވެ.) ރޭގަނޑުގެ ވަގުތުގައި އެކަލާނގެ ރުހިވޮޑިނުގަންނަވާ رَأيُ ތައް ބަދަލުކޮށް تَدْبِير ކުރަމުން ދިޔައިރު އެކަލާނގެ ވަނީ އެމީހުނާއެކުގައެވެ. (ދެނެވޮޑިގަތުމާއި قدرة ތެރިކަމުގެގޮތުންނެވެ.) އަދި ﷲ تعالى ވޮޑިގެންވަނީ އެމީހުން ކުރާ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައެވެ.
-
4:109
هَـٰٓأَنتُمْ هَـٰٓؤُلَآءِ جَـٰدَلْتُمْ عَنْهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا فَمَن يُجَـٰدِلُ ٱللَّهَ عَنْهُمْ يَوْمَ ٱلْقِيَـٰمَةِ أَم مَّن يَكُونُ عَلَيْهِمْ وَكِيلًا
Haaaʹañtum haaaʹulaaaʹi jaadaltum ʻanhum fil ḥayaatid dunyaa. Famañy yujaadilul laaha ʻanhum Yawmal Q̣iyaamati ʹam mañy yakoonu ʻalayhim wakeelaa?
އޭ މިތިބަ މީހުންނޭވެ! (އޭ أُبَيْرِق އާއި އޭނާގެ عائلة ގެފަރާތުން دفاع ކޮށް جدل ކުރި އެންމެންނޭވެ!) ކަލޭމެން އެމީހުންގެ ފަރާތުން ދުނިޔޭގެ حياة ގައި دفاع ކޮށްފީމުއެވެ. ފަހެ އެކަމަކު قيامة ދުވަހުން އެމީހުންގެ ފަރާތުން ﷲ އަށް جدل ކޮށް دفاع ކުރާނީ ކާކުހެއްޔެވެ؟ ނުވަތަ އެމީހުންގެ وكيل އަކަށްވާނީ ކާކުހެއްޔެވެ؟
-
4:110
وَمَن يَعْمَلْ سُوٓءًا أَوْ يَظْلِمْ نَفْسَهُۥ ثُمَّ يَسْتَغْفِرِ ٱللَّهَ يَجِدِ ٱللَّهَ غَفُورًا رَّحِيمًا
Wa-mañy yaʻmal soooʹan ʹaw yaz̤̣lim nafsahoo s̤umma yastag̣firil laaha yajidil laaha G̣afoorar Raḥeemaa.
އަދި ނުބައިކަމެއްކޮށްފިމީހާ ނުވަތަ އޭނާ އޭނާގެ نفس އަށް އަނިޔާވެރިވާމީހާ ދެން އޭނާ ﷲ ގެ حضرة ގައި ފާފަފުއްސެވުމަށް އެދިދަންނަވާ أسْتَغْفَار ކޮށްފިއްޔާ ﷲ އާއިމެދު އޭނާ ދެކޭނީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުކަލަކުކަމުގައެވެ. (މިއީ ވައްކަންކުރި أُبَيْرق އާއިމެދު އޮތްބަސްފުޅެއް ކަމުގައިވެއެވެ. އޭނާ ތައުބާވުމަށެވެ.)
-
4:111
وَمَن يَكْسِبْ إِثْمًا فَإِنَّمَا يَكْسِبُهُۥ عَلَىٰ نَفْسِهِۦ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًا
Wa-mañy yaksib is̤mañ faʹinnamaa yaksibuhoo ʻalaa nafsih: wa-kaanal laahu ʻAleeman Ḥakeemaa.
އަދި ފާފައެއްކޮށްފިމީހާ އޭނާ އެކުރި ފާފައޮންނާނީ އޭނާގެ އަމިއްލަ نفس ގެމައްޗަށެވެ. (އެހެންވީއިރު ފާފަވެރި ކުށްވެރިއެއްގެ ފަރާތުން އެހެންމީހުން دفاع ކުރުމުގެ އެއްވެސް މާނައެއްނެތެވެ.) އަދި ﷲ تعالى އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލަކުކަމުގައިވެއެވެ.
-
4:112
وَمَن يَكْسِبْ خَطِيٓـَٔةً أَوْ إِثْمًا ثُمَّ يَرْمِ بِهِۦ بَرِيٓـًٔا فَقَدِ ٱحْتَمَلَ بُهْتَـٰنًا وَإِثْمًا مُّبِينًا
Wa-mañy yaksib khaṭeeeʹatan ʹaw ʹis̤mañ s̤ummaa yarmi bihee bareeeʹañ faq̣adiḥ tamala buhtaanañw waʹis̤mam mubeenaa.
އަދި އޮޅުމަކުން (ގަސްދެއްނެތި) ކުށެއްކޮށްފި މީހާ ނުވަތަ ގަސްތުގައި ފާފައެއްކޮށްފިމީހާ ދެން އެކުށުން ބަރީއަވެގެންވާ މީހެއްގެ ގައިގާ އެކުށް އެޅުވުމަކީ حيران ވާފަދަ ދޮގެއްހަދައި އަދި ބޮޑުފާފައެއް އުފުލައިގަތުމެކެވެ. (މިއީ يهودي މީހާގެ دفاع ގައިވާ ބަސްފުޅެއްކަމުގައިވެއެވެ. އޭނާއަށް ތުހުމަތުކުރި މީހުންނަށްވާ އިންޒާރެކެވެ.)
-
4:113
وَلَوْلَا فَضْلُ ٱللَّهِ عَلَيْكَ وَرَحْمَتُهُۥ لَهَمَّت طَّآئِفَةٌ مِّنْهُمْ أَن يُضِلُّوكَ وَمَا يُضِلُّونَ إِلَّآ أَنفُسَهُمْ ۖ وَمَا يَضُرُّونَكَ مِن شَىْءٍ ۚ وَأَنزَلَ ٱللَّهُ عَلَيْكَ ٱلْكِتَـٰبَ وَٱلْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ ۚ وَكَانَ فَضْلُ ٱللَّهِ عَلَيْكَ عَظِيمًا
Wa-lawlaa faḍlul laahi ʻalayka wa-Raḥmatuhoo lahammaṭ ṭaaaʹifatum minhum ʹañy yuḍillook. Wa-maa yuḍilloona ʹillaaa ʹañfusahum; wa-maa yaḍurroonaka miñ shayʹ. Wa-ʹañzalal laahu ʻalaykal Kitaaba wal-Ḥikmata waʻallamaka maa- lam takuñ taʻlam: wa-kaana faḍlul laahi ʻalayka ʻaz̤̣eemaa.
(އޭ رسول ﷲ އެވެ!) ﷲ ގެ فضل ވަންތަކަމާއި އެކަލާނގެ رَحْمَة ފުޅުކަލޭގެފާނުންގެމައްޗަށް ނުވާނަމަ އެމީހުންގެތެރެއިން ބައެއްމީހުން ކަލޭގެފާނު މަގުފުރައްދާލާ ވާ ވައްދާލުމަށް ކަށަވަރުންވެސް قصد ކުރީހެވެ. އަދި އެކަމަކު އެމީހުން އެމީހުންގެ نفس މެނުވީ މަގުނުފުރައްދައެވެ. އަދި އެއްވެސްގޮތަކުން އެމީހުންނަށް ކަލޭގެފާނަށް އެއްވެސް ގެއްލުމެއް އުނދަގުލެއް ނުކުރެވޭނެއެވެ. ﷲ تعالى ކަލޭގެފާނަށް ފޮތާއި (އެބަހީ ކީރިތި قرآن އާއި حكمة ބާވައިލެއްވިއެވެ. އެއީ قرآن ކަމުގައި ނުވާ އެހެނިހެން އެންގެވުންތަކެވެ. އެއިން މުރާދުކުރެވެނީ މާތްވެގެންވާ سنّة އެވެ. والله أعلم) އަދި ކަލޭގެފާނަށް އެތަކެތި އެނގިގެންވާކަމުގައިނުވާ އެތައް އެއްޗެއް އަދި އެތައްކަމެއް އެކަލާނގެކަލޭގެފާނަށް އުގަންނަވައިދެއްވިއެވެ. އަދި ﷲ ގެ فضل ވަންތަކަމާއި އެކަލާނގެ އޯގާވަންތަކަން ކަލޭގެފާނުންގެ މައްޗަށް ނުހަނުބޮޑުވެގެންވެއެވެ.
-
4:114
۞ لَّا خَيْرَ فِى كَثِيرٍ مِّن نَّجْوَىٰهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَـٰحٍۭ بَيْنَ ٱلنَّاسِ ۚ وَمَن يَفْعَلْ ذَٰلِكَ ٱبْتِغَآءَ مَرْضَاتِ ٱللَّهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا
Laa- khayra fee kas̤eerim min najwaahum ʹillaa man ʹamara biṣadaq̣atin ʹaw maʻroofin ʹaw ʹiṣlaahim baynan naas. Wa-mañy yafʻal ẓaalikab tig̣aaaʹa marḍaatil laahi fasawfa nuʹteehi ʹajran ʻaz̤̣eemaa.
އެމީހުން އެއްވެ އެދައްކާ ގިނަ ސިއްރު ވާހަކަތަކުގައި ސިއްރު، ޖަލްސާތަކުގައި ހެވެއްނެތެވެ. ހަމައެކަނި صدقة އެއްކުރުމަށް އަމުރުކުރި މީހެއްމެނުވީއެވެ. ނުވަތަ ކޮންމެވެސް ހެޔޮކަމެއް ކުރުމަށް އަމުރުކުރި މީހެއް މެނުވީއެވެ. ނުވަތަ މީސްތަކުންގެމެދުގައި إصلاح އެއްކުރުމަށް أمر ކުރި މީހަކު މެނުވީއެވެ. އަދި އެކަންތައްތައް ނުވަތަ އެއިން ކަމެއް ﷲ ގެ وجه ފުޅު އެދިގެން އެކަލާނގެ ރުހިވޮޑިގަތުމަށް އެދިގެންކޮށްފިމީހާ (ދަންނައެވެ.) ފަހެ ނިކަން ހުރެ އެމީހަކަށް ތިމަންރަސްކަލާނގެ ބޮޑުވެގެންވާ ދަރުމަ ދެއްވާހުށީމެވެ.
-
4:115
وَمَن يُشَاقِقِ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُ ٱلْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصْلِهِۦ جَهَنَّمَ ۖ وَسَآءَتْ مَصِيرًا
Wa-mañy yushaaq̣iq̣ir Rasoola mim baʹdi maa- tabayyana lahul hudaa wa-yattabiʻ g̣ayra sabeelil Muʹmineena nuwallihee maa- tawallaa wa-nuṣlihee Jahannam: wa-saaaʹat maṣeeraa!
އަދި އެމީހަކަށް ތެދުމަގު ރަނގަޅަށް بيان ވެ އެނގުމަށްފަހު رسول އާ އާއި خلاف ވެ ދެކޮޅުހަދައިފިމީހާ އަދި އެމީހާ مؤمن ންގެމަގު ނޫން އެހެންމަގަކާއި تبع ވެއްޖެއްޔާ އޭނާ އެފަރާތަކުން ސަހަރޯވެރިކަން ހޯދާ އެފަރާތަކަށް ބަރޯސާކުރިފަރާތަކާއި ތިމަންރަސްކަލާނގެ އޭނާ حوال ކުރާހުށީމެވެ. އަދި ތިމަންރަސްކަލާނގެ އޭނާ ނަރަކައަށް ލައްވާހުށީމެވެ. އެއީ އެނބުރިގޮސްތިބުމަށް ނުބައި ވެގެންވާ ތަނެކެވެ.
-
4:116
إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدْ ضَلَّ ضَلَـٰلًۢا بَعِيدًا
ʹInnal laaha laa- yag̣firu ʹañy yushraka bihee wayag̣firu maa- doona ẓaalika limañy yashaaaʹ. Wa-mañy yushrik billaahi faq̣ad ḍalla ḍalaalam baʻeedaa.
ހަމަކަށަވަރުން ﷲ އަށް شريك ކުރުމުގެ ފާފަ (އޭނާ ދުނިޔޭގައި توبة ނުވިނަމަ قيامة ދުވަހުން) އެކަލާނގެ ނުފުއްސަވާނެއެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެނޫން ފާފަފުއްސަވައެވެ. އަދި ﷲ އަށް شريك ކުރިމީހާ (ދަންނައެވެ!) ހަމަކަށަވަރުން އޭނާ ވަރަށްބޮޑަށް މަގުފުރެދި ވާވަދެއްޖެކަން ކަށަވަރެވެ.
-
4:117
إِن يَدْعُونَ مِن دُونِهِۦٓ إِلَّآ إِنَـٰثًا وَإِن يَدْعُونَ إِلَّا شَيْطَـٰنًا مَّرِيدًا
ʹIñy yadʻoona miñ doonihee ʹillaaa ʹinaas̤aa: wa-ʹiñy yadʻoona ʹillaa Shayṭaanam mareedaa.
އެމީހުން (އެބަހީ مشرك ން) އެކަލާނގެފިޔަވައި دعاء ކޮށް އެތަކެއްޗަށް އެގޮވާތަކެތި އެއީ އަންހެން އެއްޗެތިތަކެއް ކަމުގައި މެނުވީ ނުވެއެވެ. (އެއީ اَللاَّت އާއި عُزَّى އާއި مَنَاة އާއި ދެންވެސް އެހެނިހެން ބުދުތަކެވެ. އެއީ ހައްތާވެސް އަންހެން ނަންނަމެވެ.) ހަމަ ނުކިޔަމަންތެރި شيطان އަކަށް މެނުވީ އެމީހުން ގޮވާކަމުގައިނުވެއެވެ.
-
4:118
لَّعَنَهُ ٱللَّهُ ۘ وَقَالَ لَأَتَّخِذَنَّ مِنْ عِبَادِكَ نَصِيبًا مَّفْرُوضًا
Laʻanahul laah. Wa-q̣aala laʹattakhiẓanna min ʻibaadika naṣeebam mafrooḍaa;
ﷲ تعالى އެސޮރަށް لعنة ލެއްވިއެވެ. شيطان އާއަށް لعنة ލެއްވިއެވެ. އަދި އެސޮރު ދެންނެވިއެވެ. އިބަރަސްކަލާނގެ އަޅުތަކުންގެތެރެއިން ކަނޑައެޅިގެން ބަޔަކުމީހުން މިއަޅާގެ نصيب ގެތެރެއަށް ވައްދާހުށީމެވެ. (މިއަޅާގެ ބަސްއަހާމީހުންކަމުގައި ހަދައިލާނަމެވެ.)
-
4:119
وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ وَلَـَٔامُرَنَّهُمْ فَلَيُبَتِّكُنَّ ءَاذَانَ ٱلْأَنْعَـٰمِ وَلَـَٔامُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ ٱللَّهِ ۚ وَمَن يَتَّخِذِ ٱلشَّيْطَـٰنَ وَلِيًّا مِّن دُونِ ٱللَّهِ فَقَدْ خَسِرَ خُسْرَانًا مُّبِينًا
Wa-laʹuḍillannahum wa-laʹumanni-yannahum wa-la-aamurannahum falayubattikunna ʹaaẓaanal ʹanʻaami wa-laʹaamurannahum falayug̣ayeerunna khalq̣al laah. Wa-mañy yattakhiẓish Shayṭaana waliyyam miñ doonil laahi faq̣ad khasira khusraanam mubeenaa.
އަދި ހަމަ ކަނޑައެޅިގެން މިއަޅާ އެމީހުން މަގުފުރައްދާ ވާވައްދައިލާނަމެވެ. އަދި ހަމަކަށަވަރުން މިއަޅާ އެމީހުންނަށް ބޭކާރު أمّيد ތައްކުރުވާ އެދުންވެރިކުރުވާނެކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން މިއަޅާ އެމީހުންނަށް އަމުރުކުރާހުށީމެވެ. ދެން އޭރުން އެމީހުން نعم ސޫފިތަކުގެ ކަންފަތްތައް ކަނޑާނެއެވެ. (އެއީ بَحِيْرَاء އެވެ. އެއީ طَوَاغِيْتُ އަށް ކިޔަމަންވެ އަޅުކަން އަދާކުރުމުގެ ގޮތުންނެވެ.) އަދި ހަމަކަށަވަރުން މިއަޅާ އެމީހުންނަށް އަމުރުކުރާހުށީމެވެ. ދެން އޭރުން އެމީހުން ﷲ ގެ ހެއްދެވުން ބަދަލުކުރާނެއެވެ. (އެއީ ﷲ ގެ دين ބަދަލުކުރުމެވެ. އޭގެދަށުން نعم ސޫފީގެ އޮށްނަގާ ހޯޖާކޮށް ހަދައި އަދި ތިމާމެންގެ ގައިގެ އެތައްމިތަން ބަދަލުކޮށް ޒާތްޒާތުގެ ކުލަކުލައިން ކުރެހުންއަޅާ ހަދާނެއެވެ. މިޒަމާނުގެ މޭކަޕްވެސް މިބާބުގެތެރެއަށް ވަނުން أولى ވެގެންވެއެވެ. އެއީ ހައްތާވެސް ﷲ ގެ خلق ބަދަލުކުރުމެވެ. ހެއްދެވުން ބަދަލުކުރުމެވެ.) އަދި ﷲ ފިޔަވައި شيطان އާއީ ތިމާގެ ސަހަރޯވެރިއަކު ކަމުގައިބަލައި إختيار ކޮށްފިމީހާ ހަމަކަށަވަރުން ބަޔާންވެގެންވާ ގެއްލި ހަލާކުވުމަކުން ގެއްލި ހަލާކުވެއްޖެއެވެ.
-
4:120
يَعِدُهُمْ وَيُمَنِّيهِمْ ۖ وَمَا يَعِدُهُمُ ٱلشَّيْطَـٰنُ إِلَّا غُرُورًا
Yaʻiduhum wa-yuman-neehim; wa-maa yaʻiduhumush Shayṭaanu ʹillaa g̣urooraa.
އަދި އެ شيطان އެމީހުންނަށް ޒާތްޒާތުގެ ބޭކާރު أمّيد ތައް ކުރުވައެވެ. وعد ކޮށް ހަދައެވެ. އަދި شيطان އާގެ وعد އެއީ ހަމަ ހެއްލުންތެރި އެއްޗެއްކަމުގައި މެނުވީ ނުވެއެވެ.
-
4:121
أُو۟لَـٰٓئِكَ مَأْوَىٰهُمْ جَهَنَّمُ وَلَا يَجِدُونَ عَنْهَا مَحِيصًا
ʹUlaaaʹika maʹwaahum jahannamu wa-laa yajidoona ʻanhaa maḥeeṣaa.
އެމީހުން (ދަންނައެވެ! އެބަހީ شيطان އާއަށް ހެއްލުނުމީހުން ދަންނައެވެ.) އެމީހުން قيامة ދުވަހުން ގޮސްތިބޭނެތަނަކީ ހަމަ ނަރަކައެވެ. އަދި އެމީހުން އެތަނުން ރައްކާތެރިވެވޭނެ އެއްވެސްމަގެއް އެމީހުންނަށް ނުފެންނާނެއެވެ.
-
4:122
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَنُدْخِلُهُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًا ۖ وَعْدَ ٱللَّهِ حَقًّا ۚ وَمَنْ أَصْدَقُ مِنَ ٱللَّهِ قِيلًا
Wallaẓeena ʹaamanoo wa-ʻamiluṣ ṣaalihaati sanudkhiluhum Jannaatiñ tajree miñ taḥtihal ʹanhaaru khaalideena fihaaa ʹabadaa. Waʻdal laahi ḥaq̣q̣aa: wa-man ʹaṣdaq̣u minal laahi q̣eelaa?
އަދި އީމާންވެގެން صالح عمل ކުރިމީހުން (ދަންނައެވެ!) ނިކަންހުރެ ތިމަންރަސްކަލާނގެ އެތަންތާނގެދަށުން އާރުތައް ދެމިދެމިވާ ބަގީޗާތަކަކަށް (ސުވަރުގެތަކަށް) އެމީހުން ވައްދަވާހުށީމެވެ. އެމީހުން އެތާ ދެމިތިބޭގޮތަށެވެ. އެއީ ﷲ ކުރައްވާފައިވާ حقّ وعد ފުޅެކެވެ. އަދި ބަސްފުޅު وحي ކުރެއްވުމުގެ ގޮތުން ﷲ އަށްވުރެ ތެދުވެރިކަން ވަކިންބޮޑީ ކާކުހެއްޔެވެ؟ (އެއަށްވުރެ ތެދުވެރިއަކު ނުވެއެވެ.)
-
4:123
لَّيْسَ بِأَمَانِيِّكُمْ وَلَآ أَمَانِىِّ أَهْلِ ٱلْكِتَـٰبِ ۗ مَن يَعْمَلْ سُوٓءًا يُجْزَ بِهِۦ وَلَا يَجِدْ لَهُۥ مِن دُونِ ٱللَّهِ وَلِيًّا وَلَا نَصِيرًا
Laysa biʹamaaniyyikum wa-laaa ʹamaaniyyi ʹAhlil Kitaab. Mañy yaʻmal soooʹañy yujza bihee wa-laa yajid lahoo miñ doonil laahi waliyyañw walaa naṣeeraa.
ކަންތައްއޮތީ ކަލޭމެން مؤمن ން ބުނާގޮތަކަށް ނޫނެވެ. ކަލޭމެން އެދޭގޮތަކަށް ނޫނެވެ. އަދި يهودي ންނާއި نصارى އިން أمّيد ކުރާގޮތަކަށްވެސްނޫނެވެ. ނުބައިކަމެއް ކޮށްފި މީހަކުކަމުގައިވަންޏާ އޭނާޔަށް އެކަމުގެ ޖަޒާލިބޭހުއްޓެވެ. އަދި ﷲ ފިޔަވައި އޭނާޔަށް އެއްވެސް ސަހަރޯވެރިއަކުވިޔަސް އަދި ނަސްރުވެރިއަކުވިޔަސް ނުވެއެވެ.
-
4:124
وَمَن يَعْمَلْ مِنَ ٱلصَّـٰلِحَـٰتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُو۟لَـٰٓئِكَ يَدْخُلُونَ ٱلْجَنَّةَ وَلَا يُظْلَمُونَ نَقِيرًا
Wa-mañy yaʻmal minaṣ ṣaaliḥaati miñ ẓakarin ʹaw ʹuñs̤aa wa-huwa Muʹminuñ faʹulaaaʹika yadkhuloonal jannata wa-laa yuz̤̣lamoona naq̣eeraa.
އެމީހަކު އީމާންވެގެން صالح عمل ކޮށްފި ކޮންމެ މީހަކު އެއީ ފިރިހެނަކުނަމަވެސް ނުވަތަ އަންހެނަކުނަމަވެސް ފަހެ އެފަދަމީހުން ސުވަރުގެވަންނަ ހުއްޓެވެ. އަދި نقير އެއްގެ މިންވަރު އަނިޔާވެސް އެމީހުންނަށް ނުވެވޭނެއެވެ.
-
4:125
وَمَنْ أَحْسَنُ دِينًا مِّمَّنْ أَسْلَمَ وَجْهَهُۥ لِلَّهِ وَهُوَ مُحْسِنٌ وَٱتَّبَعَ مِلَّةَ إِبْرَٰهِيمَ حَنِيفًا ۗ وَٱتَّخَذَ ٱللَّهُ إِبْرَٰهِيمَ خَلِيلًا
wa-man ʹaḥsanu deenam mimman ʹaslama wajhahoo lillaahi wa-huwa Muḥsinuñw wattabaʻa Millata ʹIbraaheema Ḥaneefaa? Wattakhaẓal laahu ʹIbraaheema khaleelaa.
އަދި إحسان ތެރިވެގެންވާ حال ތިމާގެމޫނު ﷲ އަށް ކިޔަމަންކޮށް (އެބަހީ ތިމާ ﷲ އަށް ކިޔަމަންތެރިވެ އަދި އެމީހާ إبراهيم (عليم السّلام ގެ) مِلّة އަށް تَبَعَ ވެ توحيد އަށް ސީދާވެއްޖެ މީހަކަށްވުރެ دين ގެގޮތުން ހެޔޮވެގެންވަނީ ތިމާގެ މަގުގެގޮތުން ރަނގަޅުވެގެންވަނީ ވަކިން ކާކުހެއްޔެވެ؟ (އެއަށްވުރެ ހެޔޮމީހަކު ނުވެއެވެ.) އަދި ﷲ تعالى إبراهيم (عليم السّلام) އެކަލާނގެ މިތުރަކުކަމުގައި ހިއްޕަވާ إختيار ކުރެއްވިއެވެ.
-
4:126
وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَكَانَ ٱللَّهُ بِكُلِّ شَىْءٍ مُّحِيطًا
Walillaahi maa- fis samaawaati wa-maa fil ʹarḍ: wa-kaanal laahu bikulli shayʹim Muḥeeṭaa.
އަދި އުޑުތަކާއި ބިމުގައިވާހާތަކެތި ملك ވެ خاصّ ވެގެންވަނީ ﷲ އަށެވެ. އަދި ﷲ އީ ހުރިހާ އެއްޗެއްގެމައްޗަށް އެކަލާނގެ ދެނެވޮޑިގަތުމާއި ކުޅަދުންވަންތަކަން ލާވަށައިލައިފައިވާ ކަލަކުކަމުގައި ވޮޑިގެންވެއެވެ.
-
4:127
وَيَسْتَفْتُونَكَ فِى ٱلنِّسَآءِ ۖ قُلِ ٱللَّهُ يُفْتِيكُمْ فِيهِنَّ وَمَا يُتْلَىٰ عَلَيْكُمْ فِى ٱلْكِتَـٰبِ فِى يَتَـٰمَى ٱلنِّسَآءِ ٱلَّـٰتِى لَا تُؤْتُونَهُنَّ مَا كُتِبَ لَهُنَّ وَتَرْغَبُونَ أَن تَنكِحُوهُنَّ وَٱلْمُسْتَضْعَفِينَ مِنَ ٱلْوِلْدَٰنِ وَأَن تَقُومُوا۟ لِلْيَتَـٰمَىٰ بِٱلْقِسْطِ ۚ وَمَا تَفْعَلُوا۟ مِنْ خَيْرٍ فَإِنَّ ٱللَّهَ كَانَ بِهِۦ عَلِيمًا
Wa-yastaftoonaka fin nisaaaʹ. Q̣ulil laahu yufteekum feehinna wa-maa yutlaa ʻalaykum fil Kitaabi fee yataaman Nisaaaʹil laatee laa- tuʹtoonahunna maa- kutiba lahunna wa-targ̣aboona ʹañ tañkiḥoohunna wal-mustaḍʻa-feena minal wildaani wa-ʹañ taq̣oomoo lilyataamaa bilq̣isṭ. Wa-maa tafʻaloo min khayriñ faʹinnal laaha kaana bihee ʻAleemaa.
(އޭ رسول ﷲ އެވެ!) އަންހެނުންނާއިމެދު އެމީހުން އެބަހީ أصحاب ބޭކަލުން ކަލޭގެފާނާ ސުވާލުކުރައްވައި فتوى އައްސަވާނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަނބަލުންނާއިމެދު ﷲ ކަލޭމެންނަށް فتوى ދެއްވައެވެ. އަދި މި ކީރިތި قرآن ގައި ކަލޭމެންގެމައްޗަށް ކިޔެވޭތަކެތީގައެވެ. (އެއީ މިސޫރަތުގައި ބާވައިލައްވާފައިވާ فَرَائِضُ ގެ އާޔަތްތަކުގައެވެ.) އެއީ يتيم އަންހެންކުދިންކުރެ އެކަނބަލުންނަށް ލިބުން حقّ ވެގެންވާ ބައި އެކަނބަލުން ކަލޭމެން ނުދޭ (އެބަހީ ވާރުތަ މުދަލުން އެކަނބަލުންނަށް ނުދޭ) އަންހެން يتيم ކުދިންނެވެ. އަދި އެކަނބަލުންނާއި ކާވެނިކުރުމަށް ކަލޭމެން ނޭދޭ އަންހެން ކުދިންނެވެ. އަދި ނިކަމެތި ކުޑަކުދިންނާއިމެދުގައިވެސް ﷲ ކަލޭމެނަށް فتوى ދެއްވައެވެ. (جاهلية ޒަމާނުގައި ކުޑަކުދިންނަށް މުދަލުގެ ވާރުތަނުވެއެވެ. ތަރިކަމުދާ ލިބެނީ ހަމައެކަނި ހަނގުރާމަވެރި ފިރިހެނުންނަށެވެ. މިހުރިހާ ކަމަކަށް މިސޫރަތުގެ ކުރީކޮޅުގައިވާ مِيْرَات ގެ آية ންނާއި އަދިވެސް ސޫރަތް ފެށޭތާނގައިވާ އާޔަތްތަކުން ﷲ ޖަވާބުދެއްވާ بيان ކޮށްދެއްވާފައި އެވަނީއެވެ.) އަދި يتيم ންނާއިމެދު عدل ވެރިގޮތުގައި ކަލޭމެން قائم ވެތިބުމަށްވެސް އެކަލާނގެ ކަލޭމެނަށް އަންގަވައެވެ. އަދި ހެޔޮކަމުގެތެރެއިން ކަލޭމެންކުރި ކޮންމެކަމެއްވެސް ފަހެ އެކަމެއް ﷲ ދެނެވޮޑިގަންނަވައެވެ.
-
4:128
وَإِنِ ٱمْرَأَةٌ خَافَتْ مِنۢ بَعْلِهَا نُشُوزًا أَوْ إِعْرَاضًا فَلَا جُنَاحَ عَلَيْهِمَآ أَن يُصْلِحَا بَيْنَهُمَا صُلْحًا ۚ وَٱلصُّلْحُ خَيْرٌ ۗ وَأُحْضِرَتِ ٱلْأَنفُسُ ٱلشُّحَّ ۚ وَإِن تُحْسِنُوا۟ وَتَتَّقُوا۟ فَإِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا
Wa-ʹinim raʹatun khaafat mim baʻlihaa nushoozan ʹaw ʹiʻraaḍañ falaa junaaḥa ʻalayhimaaa ʹañy yuṣliḥaa baynahumaa ṣulḥaa waṣ-Ṣulhu khayr; wa-ʹuḥḍiratil ʹañfusush shuḥḥ. Wa-ʹiñ tuḥsinoo wa-tattaq̣oo faʹinnal laaha kaana bimaa taʻmaloona Khabeeraa.
އަދި އަންހެނަކު އޭނާގެ ފިރިމީހާ އޭނާއާއި ނުރުހި އޭނާޔާ ވަކިވެދާނޭކަމަށް ބިރުވެތިވެއްޖެއްޔާ ނުވަތަ އޭނާގެ ކިބައިން އެނބުރި ގެންފާނޭކަމާމެދު ބިރުވެތިވެއްޖެއްޔާ އެދެމީހުންގެ ދެމެދު ކަނޑައެޅިގެން صلح ވުމަކުން އެދެމީހުންގެމައްޗަކަށް ކުށެއްނެތެވެ. (ފިރިމީހާ ރުއްސުމަށް އަނބިމީހާ އޭނާއަށް ލިބެންވާ ބައެއް حقّ ދޫކޮށް ހެދުން. އެއީ ހުއްދަ ކަމެކެވެ.) ކޮންމެގޮތަކުންވެސް صلح ވުން ހެޔޮވެގެންވެއެވެ. އަދި نفس ތަކަށް ދަހިވެތިކަން އައިސްފައިވެއެވެ. (ފިރިހެންމީހާ އޭނާޔަށް ލިބެންވާ حقّ ތަކަށް ދަހިވެތިވެއެވެ. އަދި އަންހެންމީހާވެސް އޭނާއަށް ލިބެންވާ حقّ ތަކަށް ދަހިވެތިވެއެވެ. (އޭ ފިރިހެނުންނޭވެ!) ކަލޭމެން ކަލޭމެންގެ އަނބީންނަށް إحسان ތެރިވެ تقوى ވެރިވެ އެކަނބަލުންގެ ކިބައިން ދިމާވާ ނުރުހެވޭ ކަންކަމަށް ކެތްތެރިވެގެންވަންޏާ ކަލޭމެނަށް އެކަމުގެ ޖަޒާ އެކަލާނގެ ދެއްވާހުއްޓެވެ. ﷲ تعالى ކަލޭމެންކުރާ ހުރިހާކަމެއްގެ خبر މޮޅަށް ދެނެވޮޑިގެންވެއެވެ.
-
4:129
وَلَن تَسْتَطِيعُوٓا۟ أَن تَعْدِلُوا۟ بَيْنَ ٱلنِّسَآءِ وَلَوْ حَرَصْتُمْ ۖ فَلَا تَمِيلُوا۟ كُلَّ ٱلْمَيْلِ فَتَذَرُوهَا كَٱلْمُعَلَّقَةِ ۚ وَإِن تُصْلِحُوا۟ وَتَتَّقُوا۟ فَإِنَّ ٱللَّهَ كَانَ غَفُورًا رَّحِيمًا
Wa-lañ tastaṭeeʻooo ʹañ taʻdiloo baynan Nisaaaʹi wa-law ḥaraṣtum falaa tameeloo kullal mayli fataẓaroohaa kalmuʻal-laq̣ah. Wa-ʹiñ tuṣliḥoo wa-tattaq̣oo faʹinnal laaha kaana G̣afoorar Raḥeemaa.
އަދި ކަލޭމެން ކިތަންމެވަރަކަށް ދަހިވެތިވިޔަސް ގިނައަނބީންގެމެދުގައި عدل ވެރިކުރުމަށް ކުޅަދާނަވެގެން ނުވާނެއެވެ. (އެއީ ހިތުގައި އުފެދޭ ލޯބި ހަމަހަމަ ނުވާނެ ވާހަކައެވެ. އެހެނިހެން مَادِّى ކަންކަން ހަމަހަމަ ނުކުރެވޭނެ ވާހަކައެއްނޫނެވެ.) ފަހެ އެހެންވެ ކަލޭމެން ބޮޑަށް ލޯބިވާ އަނތްބެއްގެ ފަރާތަށް އެކީއެކަށް ލެނބި ނުގަންނާށެވެ! ދެން ކަލޭމެން ކުޑަކޮށް ލޯބިވާ އަނބިމީހާ އެލުވިފައިވާ މީހަކުފަދައިން (ހުއްސަރިބައި ނޫން އަދި ފިރިޔަކު ނެތް މީހަކު ފަދައިން ހޫރޭ މީހަކު ފަދައިން ނުވަތަ ބަންދުކޮށްފައިވާ މީހަކުފަދައިން ދޫނުކޮށްލާށެވެ!) އަދި ކަލޭމެން إصلاح ކޮށް تقوى ވެރިވެއްޖެއްޔާ (އެބަހީ އަނބީންގެ މެދުގައި ގުޅުން ރަނގަޅުކޮށްހަދަންޏާ) ހަމަކަށަވަރުން ﷲ تعالى އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. (އެބަހީ ކަލޭމެންގެ ކުރިން ގޮސްފައިވާ ކަންކަން عفو ކޮށްދެއްވާ توبة قبول ކުރެއްވުން أمّيد ކުރެވެއެވެ.)
-
4:130
وَإِن يَتَفَرَّقَا يُغْنِ ٱللَّهُ كُلًّا مِّن سَعَتِهِۦ ۚ وَكَانَ ٱللَّهُ وَٰسِعًا حَكِيمًا
Wa-ʹiñy yatafarraq̣aa yug̣nil laahu kullam miñ saʻatih: wa-kaanal laahu Waasiʻan Ḥakeemaa.
އަދި އެދެމީހުން ވަރިވެ ވަކިވަކިވެއްޖެއްޔާވެސް ﷲ تعالى އެކަލާނގެ ތަނަވަސްކަމުގެތެރެއިން އެއިން ކޮންމެ މީހަކަށްވެސް ފުއްދަވާ ދެއްވައިފާނެއެވެ. އަދި ﷲ تعالى އީ ތަނަވަސްވެވޮޑިގެންވާ حكمة ވަންތަކަލަކު ކަމުގައި ވޮޑިގެންވެއެވެ.
-
4:131
وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَلَقَدْ وَصَّيْنَا ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلِكُمْ وَإِيَّاكُمْ أَنِ ٱتَّقُوا۟ ٱللَّهَ ۚ وَإِن تَكْفُرُوا۟ فَإِنَّ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَكَانَ ٱللَّهُ غَنِيًّا حَمِيدًا
Walillaahi maa- fis samaawaati wa-maa fil ʹarḍ. Wa-laq̣ad waṣṣaynal laẓeena ʹootul Kitaaba miñ q̣ablikum wa-ʹiyyaakum ʹanit taq̣ul laah. Wa-ʹin takfuroo faʹinna lillaahi maa- fis samaawaati wa-maa fil ʹarḍ; wa-kaanal laahu G̣aniyyan Ḥameedaa.
އަދި އުޑުތަކާއި ބިމުގައިވާހާތަކެތި خاصّ ވެ މިލްކުވެވޮޑިގެންވަނީ ހަމަ ﷲ އަށެވެ. އަދި ކަލޭމެންގެ (مؤمن ންގެ) ކުރިން ފޮތްދެއްވުނު މީހުންނަށާއި އަދި ސީދާ ކަލޭމެނަށްވެސް ތިމަންރަސްކަލާނގެ وصيّة ކުރައްވާ އަމުރުކުރައްވާފައިވާނީ (އެންމެންވެސް) ﷲ އަށް تقوى ވެރިވުމަށެވެ. އަދި ކަލޭމެންއެކަލާނގެއަށް ކާފަރުވިޔަސް (އެއަކީއެކަލާނގެއަށް އެއްވެސް ގެއްލުމެއްހުރިކަމެއްނޫނެވެ.) ފަހެ ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހާތަކެތި ملك ވެ خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. އަދި ﷲ އީ އަމިއްލަ ذات ފުޅާއިގެން ފުދިވޮދިގެންވާ އަދި އެކަލާނގެ فِعْلُ ފުޅުތަކަށް حمد އާއި تعريف ލިބިވޮޑިގެންވާ ކަލާނގެއެވެ.
-
4:132
وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَكَفَىٰ بِٱللَّهِ وَكِيلًا
Walillaahi maa- fis samaawaati wa-maa fil ʹarḍ: wakafaa billaahi Wakeelaa.
އަދި އުޑުތަކާއި ބިމުގައިވާހާ ތަކެތި خاصّ ވެ ملك ވެވޮޑިގެންވަނީ ހަމަ ﷲ އަށެވެ. އަދި އެތަކެތި ބަލަހައްޓަވާ ރައްކާތެރިކުރައްވާ ކަލަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ.
-
4:133
إِن يَشَأْ يُذْهِبْكُمْ أَيُّهَا ٱلنَّاسُ وَيَأْتِ بِـَٔاخَرِينَ ۚ وَكَانَ ٱللَّهُ عَلَىٰ ذَٰلِكَ قَدِيرًا
ʹIñy yashaʹ yuẓhibkum ʹay-yuhan naasu wa-yaʹti biʹaakhareen; wa-kaanal laahu ʻalaa ẓaalika Q̣adeeraa.
އޭ މީސްތަކުންނޭވެ! އެކަލާނގެ އެދިވޮޑިގަންނަވައިފިއްޔާ އެކަލާނގެ ކަލޭމެން ގެންދަވައިފީހެވެ. ނެތިކުރައްވައިފީހެވެ. އަދި އެހެންބަޔަކު އެކަލާނގެ ގެންނަވައިފީހެވެ. އަދި އެކަމަށް ކުޅަދުންވަންތަ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.
-
4:134
مَّن كَانَ يُرِيدُ ثَوَابَ ٱلدُّنْيَا فَعِندَ ٱللَّهِ ثَوَابُ ٱلدُّنْيَا وَٱلْـَٔاخِرَةِ ۚ وَكَانَ ٱللَّهُ سَمِيعًۢا بَصِيرًا
Mañ kaana yureedu s̤awaabad dunyaa faʻiñdal laahi s̤awaabud dunyaa wal-ʹAakhirah: wa-kaanal laahu Sameeʻam Baṣeeraa.
ދުނިޔޭގެ ތަކެއްޗާއި މަޖާއެދޭމީހާ (ދަންނައެވެ!) ފަހެ ﷲ ގެ حضرة ގައި ދުނިޔެއާއި آخرة ގެ ޖަޒާވެއެވެ. ސާމާނުވެއެވެ. އަދި އައްސަވާވޮޑިގެންވާ ބައްލަވާވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.
-
4:135
۞ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوا۟ قَوَّٰمِينَ بِٱلْقِسْطِ شُهَدَآءَ لِلَّهِ وَلَوْ عَلَىٰٓ أَنفُسِكُمْ أَوِ ٱلْوَٰلِدَيْنِ وَٱلْأَقْرَبِينَ ۚ إِن يَكُنْ غَنِيًّا أَوْ فَقِيرًا فَٱللَّهُ أَوْلَىٰ بِهِمَا ۖ فَلَا تَتَّبِعُوا۟ ٱلْهَوَىٰٓ أَن تَعْدِلُوا۟ ۚ وَإِن تَلْوُۥٓا۟ أَوْ تُعْرِضُوا۟ فَإِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا
Yaaa-ʹayyuhal laaẓeena ʹaamanoo koonoo q̣awwaameena bilq̣isṭi shuhadaaaʹa lillaahi wa-law ʻalaaa ʹañfusikum ʹawil waalidayni wal-ʹaq̣rabeen, ʹiñy yakun g̣aniyyan ʹaw faq̣eeran fallaahu awlaa bihimaa. Falaa tattabiʻul hawaaa ʹañ taʻdiloo. wa-ʹiñ talwooo ʹaw tuʻriḍoo faʹinnal laaha kaana bimaa taʻmaloona Khabeeraa.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! عدل ވެރިކަން قائم ކުރާބަޔަކުކަމުގައި ކަލޭމެންވާށެވެ! އަދި ﷲ އަށް ހެކިދޭ އެކަލާނގެ ހެކިވެރިންކަމުގައި ކަލޭމެންވާށެވެ. ކަލޭމެންގެ އަމިއްލަ نفس ތަކުގެމައްޗަށް ނަމަވެސް ނުވަތަ މައިންބަފައިންގެ މައްޗަށް ނަމަވެސް އަދި ގާތްތިމާގެ މީހުންގެމައްޗަށް ނަމަވެސް މެއެވެ. (عدل ވެރިވުން ހުއްޓެވެ. އަދި އެހެކިދެވޭ މީހާއީ) މުއްސަންޖަކުކަމުގައިވިޔަސް ނުވަތަ فقير އަކުކަމުގައި ވިޔަސް ﷲ تعالى އެދެމީހުންނަށް أولى ވެގެންވެއެވެ. (އެބަހީ އެމީހުން މުއްސަނދިކުރެއްވުމާއި فقير ކުރެއްވުމަކީ ﷲ ކުރައްވާކަންކަމެވެ. އެކަލާނގެ ކަނޑައެޅުއްވި މިންވަރުގެދަށުންނެވެ.) ފަހެ عدل ވެރިވުމާއިމެދު ކަލޭމެންގެ هوى نفس އާއި تبع ނުވާށެވެ! އަދި (ހެކިދިނުމުގައި ނުވަތަ ނިޔާކުރުމުގައި) حقّ އާއި ދުރަށް ލެނބޭކަމުގައިވަންޏާ ނުވަތަ ހެކިބަސް އަދާކުރުމުން މަނާވެގަނެ އެނބުރި ފުރަގަސްދިން ނަމަވެސް ފަހެ ހަމަކަށަވަރުން ﷲ تعالى ކަލޭމެން ކުރާ ކަންތައްތަކުގެ خبر މޮޅަށް ދެނެވޮޑިގެންވެއެވެ. (އަދި އެކަލާނގެ އެދިވޮޑިގަންނަވާނަމަ އެކަމުގެ ފުރިހަމަ ޖަޒާދެއްވާހުއްޓެވެ.)
-
4:136
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ ءَامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلْكِتَـٰبِ ٱلَّذِى نَزَّلَ عَلَىٰ رَسُولِهِۦ وَٱلْكِتَـٰبِ ٱلَّذِىٓ أَنزَلَ مِن قَبْلُ ۚ وَمَن يَكْفُرْ بِٱللَّهِ وَمَلَـٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ وَٱلْيَوْمِ ٱلْـَٔاخِرِ فَقَدْ ضَلَّ ضَلَـٰلًۢا بَعِيدًا
Yaaaʹayyuhal laẓeena ʹaamanooo ʹaaminoo billaahi wa-Rasoolihee wal-Kitaabil laẓee nazzala ʻalaa Rasoolihee wal-Kitaabil laẓeee ʹañzala miñ q̣abl. Wa-mañy yakfur billaahi wa-malaaaʹikatihee wa-Kutubihee wa-Rusulihee wal-Yawmil ʹAakhiri faq̣ad ḍalla ḍalaalam baʹeedaa.
އޭ (ކުރީގެ رسول ންނަށާއި ފޮތްތަކަށް) އީމާންވީ މީހުންނޭވެ! أهل كتاب ންނޭވެ! ކަލޭމެން ﷲ އަށާއި އެކަލާނގެ رسول އާ (محمّد ﷺ) އަށް އީމާންވާށެވެ! އަދި އެކަލާނގެ رسول އާ محمّد ގެފާނުންގެމައްޗަށް ބާވައިލެއްވިފޮތަށް (ކީރިތި قرآن އަށް) އީމާންވާށެވެ! އަދި އެފޮތުގެކުރިން ބާވައިލެއްވި ފޮތްތަކަށްވެސް ކަލޭމެން އީމާންވާށެވެ! އަދި ﷲ އަށާއި އެކަލާނގެ މަލާއިކަތުންނަށާއި އެކަލާނގެ ފޮތްތަކަށާއި އެކަލާނގެ رسول ންނަށާއި އަދި آخرة ދުވަހަށް ކާފަރުވާމީހާ (ދަންނައެވެ!) ހަމަކަށަވަރުން އެމީހާ ވަރަށްދުރު މަގުފުރެދުމަކުން މަގުފުރެދި ވާވަދެ އަވަދިވެއްޖެއެވެ.
-
4:137
إِنَّ ٱلَّذِينَ ءَامَنُوا۟ ثُمَّ كَفَرُوا۟ ثُمَّ ءَامَنُوا۟ ثُمَّ كَفَرُوا۟ ثُمَّ ٱزْدَادُوا۟ كُفْرًا لَّمْ يَكُنِ ٱللَّهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ سَبِيلًۢا
ʹInnal laẓeena ʹaamanoo s̤umma kafaroo s̤umma ʹaamanoo s̤umma kafaroo s̤ummaz daadoo kufral lam yakunil laahu liyag̣fira lahum wa-laa liyahdiyahum Sabeelaa.
ހަމަކަށަވަރުން އެބަޔަކު އީމާންވި ދެން އެމީހުން ކާފަރުވި ދެން އަލުންވެސް އީމާންވި ދެން އަނެއްކާ ކާފަރުވި ދެން އެކާފަރުކަން އިތުރުކުރި މީހުން (ދަންނައެވެ!) ﷲ تعالى އެފަދަ މީހުންނަށް ފާފަފުއްސަވާނޭކަލަކުކަމުގައިވޮޑިގެން ނުވެއެވެ. • ދަންނައެވެ. މި آية ގައި މިސިފަކުރައްވާ މީހުންނަކީ أهل كتاب ންކަމުގައި أبو جعْفَر الطّبَرِى އޭނާގެ تفسير ގައި ލިއުއްވާފައިވެއެވެ. އެމީހުން توراة ގެ حكم އަށް އެއްބަސްވެފައި އެކަން ދޮގުކުރީއެވެ. ދެން އޭގެތެރެއިން ބަޔަކުމީހުން عيسى عليه السّلام ގެ رسول ކަމާއި إنجيل قرار ކުރުމަށްފަހު އެޔާ خلافވެ ދޮގުކުރީއެވެ. ދެން محمّد ﷺ ގެ رسول ކަމާއި قرآن ދޮގުކޮށް ކާފަރުވީއެވެ. އަދި ކާފަރުކަމުގެމައްޗަށް ކާފަރުކަން އިތުރުކުރީއެވެ. • އަދި ބައެއް مفسّر ން ވިދާޅުވަނީ: އެމީހުން موسى عليه السّلام އަށް އީމާންވެފައި ދެން އެމީހުން އެކަލޭގެފާނަށް ކާފަރުވެ ދެން އޭގެތެރެއިން نصارى އިން عيسى عليه السّلام އަށް އީމާންވެފައި ދެން އެކަލޭގެފާނަށް ކާފަރުވީއެވެ. ދެން محمّد ﷺ އަށް ކާފަރުވެ ކާފަރުކަން އިތުރުކުރީއެވެ. މިއެވެ. އަދި މިނޫންގޮތްގޮތަށްވެސް މިއާޔަތުގެ مراد ލިޔެވިފައިވެއެވެ. والله أعلم.
-
4:138
بَشِّرِ ٱلْمُنَـٰفِقِينَ بِأَنَّ لَهُمْ عَذَابًا أَلِيمًا
Bashshiril Munaafiq̣eena biʹanna lahum ʻaẓaaban ʹaleemaa;―
(އޭ رسول ﷲ އެވެ!) ހަމަކަށަވަރުން منافق ންނަށް ވޭންދެނިވި عذاب އެއް ހުރިކަމުގެ ވާހަކައިން ކަލޭގެފާނު އެމީހުންނަށް خبر ދެއްވާށެވެ!
-
4:139
ٱلَّذِينَ يَتَّخِذُونَ ٱلْكَـٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ ۚ أَيَبْتَغُونَ عِندَهُمُ ٱلْعِزَّةَ فَإِنَّ ٱلْعِزَّةَ لِلَّهِ جَمِيعًا
ʹAllaẓeena yattakhiẓoonal kaafireena ʹawliyaaaʹa miñ doonil Muʹmineen: ʹa-yabtag̣oona ʻiñdahumul ʻizzata faʹinnal ʻizzata lillaahi jameeʻaa?
އެމީހުންނަކީ مؤمن ން ފިޔަވައި كافر ންގެމީހުން އެމީހުންގެ ސަހަރޯވެރިންކަމުގައި ބަލައި ހަދާމީހުންނެވެ. ފަހެ އެކާފަރުންގެ ކިބައިން ބާރާ ގަދަފަދަކަން އެމީހުން އެދެނީހެއްޔެވެ؟ އަދި عزّة ތެރިކަން އެދެނީހެއްޔެވެ؟ ފަހެ އެންމެހައި عزّة ތެރިކަމެއް (އަދި ބާރާއި ގަދަފަދަކަން) خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. (ކޮންމެ މީހަކުވެސް ﷲ ގެ حضرة ން عزّة ތެރިކަން އެދޭހުށިކަމެވެ!)
-
4:140
وَقَدْ نَزَّلَ عَلَيْكُمْ فِى ٱلْكِتَـٰبِ أَنْ إِذَا سَمِعْتُمْ ءَايَـٰتِ ٱللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا۟ مَعَهُمْ حَتَّىٰ يَخُوضُوا۟ فِى حَدِيثٍ غَيْرِهِۦٓ ۚ إِنَّكُمْ إِذًا مِّثْلُهُمْ ۗ إِنَّ ٱللَّهَ جَامِعُ ٱلْمُنَـٰفِقِينَ وَٱلْكَـٰفِرِينَ فِى جَهَنَّمَ جَمِيعًا
Wa-q̣ad nazzala ʻalaykum fil Kitaabi ʹan ʹiẓaa samiʻtum ʹAayaatil laahi yukfaru bihaa wa-yustahzaʹu bihaa falaa taq̣ʻudoo maʻahum ḥattaa yakhooḍoo fee ḥadees̤in g̣ayrih. Innakum ʹiẓam mis̤luhum. ʹInnal laha jaamiʻul Munaafiq̣eena wal-kaafireena fee jahannama jameeʻaa;―
(އޭ އީމާންކަން ފައުޅުކޮށްގެން އުޅޭމީހުންނޭވެ!) ހަމަކަށަވަރުން ﷲ ގެ އާޔަތްތަކަށް ކާފަރުވެވޭ އަޑު ކަލޭމެން އަހައިފިއްޔާ ނުވަތަ އެއާޔަތަކަށް މަލާމާތްކުރެވޭ އަޑު ކަލޭމެން އަހައިފިއްޔާ (އެކަމެއް އެކުރާ ބަޔަކު) އެކަން ދޫކޮށް އެހެން ވާހަކައެއްގެތެރެއަށް ވަދެގެންފުމަށް ދާންދެން ކަލޭމެން އެމީހުނާއެކު އެތާ ނުތިބޭން ކީރިތި قرآن ގައި ކަލޭމެންނަށް އެކަލާނގެ ބާވައިލައްވާ އަންގަވާފައިވާނެއެވެ. (އެއީ أنعام ސޫރަތުގެ 68 ވަނަ އާޔަތުގައެވެ. އެއީ (وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ.....) މިއާޔަތެވެ. ދެންފަހެ ކަލޭމެން އެފަދަމީހުނާއެކު އާޔަތަކަށް މަލާމާތްކުރެވި ކާފަރުވެވޭތާނގައި ތިބެއްޖެނަމަ ކަލޭމެންވެސް ވާނީ ހަމަ އޭގެމީހުންކަމުގައެވެ. އެމީހުންނެކޭ އެއްފަދައެވެ. ހަމަކަށަވަރުން އެންމެހައި منافق ންނާއި ކާފަރުން އެކީއެކަށް ﷲ تعالى ނަރަކައަށް جمع ކުރައްވަވާ ހުއްޓެވެ.
-
4:141
ٱلَّذِينَ يَتَرَبَّصُونَ بِكُمْ فَإِن كَانَ لَكُمْ فَتْحٌ مِّنَ ٱللَّهِ قَالُوٓا۟ أَلَمْ نَكُن مَّعَكُمْ وَإِن كَانَ لِلْكَـٰفِرِينَ نَصِيبٌ قَالُوٓا۟ أَلَمْ نَسْتَحْوِذْ عَلَيْكُمْ وَنَمْنَعْكُم مِّنَ ٱلْمُؤْمِنِينَ ۚ فَٱللَّهُ يَحْكُمُ بَيْنَكُمْ يَوْمَ ٱلْقِيَـٰمَةِ ۗ وَلَن يَجْعَلَ ٱللَّهُ لِلْكَـٰفِرِينَ عَلَى ٱلْمُؤْمِنِينَ سَبِيلًا
ʹAllaẓeena yatarabbaṣoona bikum: faʹiñ kaana lakum fatḥum minal laahi q̣aalooo ʹalam nakum maʻakum? Wa-ʹiñ kaana lilkaafireena naṣeebuñ q̣aalooo ʹalam nastaḥwiẓ ʻalaykum wa-namnaʻkum minal Muʹmineen? Fallaahu yaḥkumu baynakum Yawmal Q̣iyaamah. Wa-lañy yajʻalal laahu lilkaafireena ʻalal Muʹmineena sabeelaa.
އެމީހުންނަކީ އެބަހީ އެ منافق ންނަކީ، ކަލޭމެން مؤمن ންނާމެދު (ނުބައިގޮތްވުމަށް) إنتظار ކޮށްކޮށް ތިބޭ ބައެކެވެ. ދެންފަހެ ކަލޭމެންނަށް ﷲ ގެ حضرة ން އެއްވެސް فتح އެއް އެބަހީ عدوُّ ންގެފަރާތުން غنيمة އެއް ލިބިއްޖެއްޔާ އެ منافق ން ބުނާނެއެވެ. އަހުރެމެން ފަހެ ކަލޭމެންނާއެކު ނުވަމުހެއްޔެވެ؟ (އެބަހީ އަހުރެމެންވެސް ހަނގުރާމައިގައިވީމުއެވެ. އަހުރެމެންނަށްވެސް غنيمة އިން ދޭންވާނެއެވެ.) އަދި އެކާފަރުންނަށް (ކަލޭމެންގެ ފަރާތުން) ކޮންމެވެސް ނަސީބެއް ލިބިއްޖެއްޔާ އެ منافق ން ކާފަރުންނަށް ބުނާނެއެވެ. އަހުރެމެން ކަލޭމެން ގަދަނުކޮށްނުދެމުހެއްޔެވެ؟ އެބަހީ ގަދަކޮށްދިނީމެވެ. އަދި مؤمن ން ފަރާތުން އަހުރެމެން ކަލޭމެން منعކޮށްދިނީމެވެ. ފަހެ ﷲ سبحانه وتعالى قيامة ދުވަހުން ކަލޭމެންގެ މެދުގައި حكم ކުރައްވާ ނިޔާކުރައްވާ ހުއްޓެވެ. އަދި مؤمن ންގެމައްޗަށް ކާފަރުންނަށް އެއްވެސް ގޮތެއް (ގަދަވެވޭނޭ) އެއްވެސް މަގެއް ﷲ تعالى ނުލައްވާނެއެވެ. އެއީ قيامة ދުވަހުންނެވެ.
-
4:142
إِنَّ ٱلْمُنَـٰفِقِينَ يُخَـٰدِعُونَ ٱللَّهَ وَهُوَ خَـٰدِعُهُمْ وَإِذَا قَامُوٓا۟ إِلَى ٱلصَّلَوٰةِ قَامُوا۟ كُسَالَىٰ يُرَآءُونَ ٱلنَّاسَ وَلَا يَذْكُرُونَ ٱللَّهَ إِلَّا قَلِيلًا
ʹInnal Munaafiq̣eena yukhaadiʻoonal laaha wa-Huwa khaadiʻuhum. Wa-ʹiẓaa q̣aamooo ʹilaṣ Ṣalaati q̣aamoo kusaalaa yuraaaʹoonan naasa wa-laa yaẓkuroonal laaha ʹillaa q̣aleelaa;
ހަމަކަށަވަރުން منافق ންގެމީހުން ﷲ އަށް މަކަރުހަދައެވެ. އަދި އެކަލާނގެ (އެކަލާގެ ذات ފުޅާއި އެކަށީގެންވާފަދައަކުން) އެމީހުންނަށް މަކަރުހައްދަވަނީއެވެ. އަދި އެ منافق ން ނަމާދަށް ތެދުވަންޏާ އެމީހުން ނަމާދަށް ތެދުވާނީ ކަންނެތްކަމާއެކުގައެވެ. އަދި މީސްތަކުންނަށް ދައްކާށެވެ. (ﷲ އަށް އެއްވެސް إخلاص ތެރިކަމެއް ނެތިއެވެ.) އަދި ދާދިމަދުން މެނުވީ އެމީހުން ﷲ އަށް ذِكْرُ ނުކުރެއެވެ. ﷲ ހަނދާން ނުކުރެއެވެ.
-
4:143
مُّذَبْذَبِينَ بَيْنَ ذَٰلِكَ لَآ إِلَىٰ هَـٰٓؤُلَآءِ وَلَآ إِلَىٰ هَـٰٓؤُلَآءِ ۚ وَمَن يُضْلِلِ ٱللَّهُ فَلَن تَجِدَ لَهُۥ سَبِيلًا
Muẓabẓabeena bayna ẓaalika, Laaa ʹilaa haaaʹulaaaʹi wa-laaa ʹilaa haaaʹulaaaʹ. Wa-mañy yuḍlilil laahu falañ tajida lahoo Sabeelaa.
އެމީހުން އެވަނީ (إيمان ކަމާއި ކާފަރުކަމާއި ދެމެދު ދެފުށުއެޅިއެޅިއެވެ.) މިމީހުންގެތެރެއަކަށް ނުވެއެވެ. (އެބަހީ مؤمن ންގެ ބަޔަކުކަމުގައި ނުވެއެވެ.) އަދި އެބައިމީހުންގެ ތެރެއަކަށް ނުވެއެވެ. (އެބަހީ مشرك ންގެތެރެއަކަށް ނުވެއެވެ. ކާފަރުންގެތެރެއަކަށް ނުވެއެވެ. އަދި يهودي ންގެތެރެއަކަށްވެސް ނުވެއެވެ.) އަދި ﷲ މަގުފުރައްދަވައިފި އަޅަކަށް حقّ މަގަށް واصل ވާނޭ އެއްވެސްގޮތެއް ކަލޭގެފާނަށް ފެނިވަޑައި ނުގަންނަވާނެއެވެ.
-
4:144
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ ٱلْكَـٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ ۚ أَتُرِيدُونَ أَن تَجْعَلُوا۟ لِلَّهِ عَلَيْكُمْ سُلْطَـٰنًا مُّبِينًا
Yaaaʹayoohal laẓeena ʹaamanoo laa- tattakhiẓul kaafireena ʹawliyaaaʹa miñ doonil Muʹmineen. Atureedoona ʹañ tajʻaloo lillaahi ʻalaykum sulṭaanam mubeenaa?
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! مؤمن ން ފިޔަވައި ކާފަރުން އެއީ ސަހަރޯވެރިންކަމުގައި ކަލޭމެން ހިފާ إختيار ނުކުރާށެވެ! ކަލޭމެންގެ މައްޗަށް حجّة قائم ކުރުމަށް بيان ވެގެންވާ دليل އާއި حجّة ކަލޭމެން ﷲ تعالى ގެ حضرة އަށް ލައިދޭން ކަލޭމެން އެދެނީހެއްޔެވެ؟ (އެ ކާފަރުން އެއީ مؤمن ން ފިޔަވައި ތިމާމެންގެ ސަހަރޯވެރިންކަމުގައި ހަމަޖައްސާ މީހުންނެކޭ ކާފަރުންނެކޭ އެއްވަރެވެ.) އެހެންކަމަށްވަންޏާ ކާފަރުންނަށް އޮތް عقوبة އެއް މިމީހުން (ދުލުކޮޅުން مؤمن ންނޭކިޔަސްވެސް) އޮންނާނެއެވެ.
-
4:145
إِنَّ ٱلْمُنَـٰفِقِينَ فِى ٱلدَّرْكِ ٱلْأَسْفَلِ مِنَ ٱلنَّارِ وَلَن تَجِدَ لَهُمْ نَصِيرًا
ʹInnal Munaafiq̣eena fid darkil ʹasfali minan naar: wa-lan tajida lahum naṣeeraa;
ހަމަކަށަވަރުން منافق ންވަނީ ނަރަކައިގެ އެންމެ ވަތުބަތާނައިގައެވެ. އެންމެ ދަށުބައިގައެވެ. އަދި އެމީހުންނަށް އެއްވެސް نصر ވެރިއަކުވާތީ ކަލޭގެފާނަށް ފެނިވަޑައިނުގަންނަވާނެއެވެ.
-
4:146
إِلَّا ٱلَّذِينَ تَابُوا۟ وَأَصْلَحُوا۟ وَٱعْتَصَمُوا۟ بِٱللَّهِ وَأَخْلَصُوا۟ دِينَهُمْ لِلَّهِ فَأُو۟لَـٰٓئِكَ مَعَ ٱلْمُؤْمِنِينَ ۖ وَسَوْفَ يُؤْتِ ٱللَّهُ ٱلْمُؤْمِنِينَ أَجْرًا عَظِيمًا
ʹIllal laẓeena taaboo wa-ʹaṣlaḥoo waʻtaṣamoo billaahi wa-ʹakhlaṣoo deenahum lillaahi faʹulaaaʹika maʻal Muʹmineen. Wa-sawfa yuʹtil laahul Muʹmineena ʹajran ʻaz̤̣eemaa.
އެމީހުންގެތެރެއިން توبة ވެ އަދި އެމީހުން فاسد ކުރިކުރުން إصلاح ކޮށް އަދި އެމީހުން ﷲ އަށް ކިޔަމަންވުމުގެ ރައްކާތެރިކަމުގައި ހިފައި އަދި އެމީހުން އެމީހުންގެ دين އެބަހީ އެމީހުންގެ ކިޔަމަންތެރިކަމާއި عمل އެމީހުން ﷲ އަށް إخلاص ތެރިކޮށް ހެދިމީހުން މެނުވީއެވެ. ފަހެ އެމީހުން ވަނީ مؤمن ންނާއި އެކުގައެވެ. އަދި ނިކަންހުރެ مؤمن ންނަށް ﷲ تعالى ބޮޑުވެގެންވާ ދަރުމައެއް ދެއްވާނެއެވެ.
-
4:147
مَّا يَفْعَلُ ٱللَّهُ بِعَذَابِكُمْ إِن شَكَرْتُمْ وَءَامَنتُمْ ۚ وَكَانَ ٱللَّهُ شَاكِرًا عَلِيمًا
Maa- yafʻalul laahu biʻaẓaabikum ʹiñ shakartum wa-ʹaamañtum? Wa-kaanal laahu Shaakiran ʻAleema.
(އޭ منافق ންނޭވެ!) ކަލޭމެން ﷲ ގެ نعمة ތަކަށް شكر ކޮށް އެކަލާނގެ رسول އާއަށް އީމާންވެ إخلاص ތެރިވެއްޖެއްޔާ ދެން ﷲ ކަލޭމެނަށް عذاب ދެއްވުމުގައި އެކަލާނގެއަށް އޮތީ ކޮންފައިދާއެއް ހެއްޔެވެ؟ (އެއްވެސް حال އެއްގައި ކަލޭމެންގެ عمل އަކުން އެކަލާނގެއަށް واصل ވާނެ އެއްވެސް އުނިއިތުރެއް ނެތެވެ. ކަލޭމެން شكر ކުރިއްޔާ އެކަމުގެ ހެޔޮކަން އޮންނާނީވެސް ހަމަ ކަލޭމެނަށެވެ. އަދި ކަލޭމެން ކާފަރުވުމުން އޭގެ ނުބައިކަންވެސް އޮންނާނީ ހަމަ ކަލޭމެނަށެވެ.) އަދި ﷲ تعالى ވޮޑިގެންވަނީ شكر ކުރައްވާ ދެނެވޮޑިގެންވާ ކަލަކުކަމުގައެވެ.