Surah An-NisaBegins here at 4:148
-
4:148
۞ لَّا يُحِبُّ ٱللَّهُ ٱلْجَهْرَ بِٱلسُّوٓءِ مِنَ ٱلْقَوْلِ إِلَّا مَن ظُلِمَ ۚ وَكَانَ ٱللَّهُ سَمِيعًا عَلِيمًا
Laa- yuḥibbul laahul jahra bis-sooʹi minal q̣awli ʹillaa mañ z̤̣ulim; wa-kanal laahu Sameeʻan ʻAleemaa.
ތިމާއަށް އަނިޔާއެއް ލިބެވުނުމީހަކުމެނުވީ ނުބައިބަހުން (ހުތުރުބަހުން) އަޑުހަރުކޮށް ގަދައަޑަކުން ވާހަކަދައްކާ ހެދުމަށް ﷲ ލޯބިވެވޮޑި ނުގަންނަވައެވެ. (އަނިޔާއެއް ލިބިގެންވާ މީހާ އެވާހަކަ އެހެންމީހުންނަށް އަޑުއިވޭގޮތަށް ދެއްކުން މީގެތެރެއިން ނުވެއެވެ. އެއީ ހުއްދަ ކަމެކެވެ.) އަދި ﷲ ވޮޑިގެންވަނީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލަކުކަމުގައެވެ.
-
4:149
إِن تُبْدُوا۟ خَيْرًا أَوْ تُخْفُوهُ أَوْ تَعْفُوا۟ عَن سُوٓءٍ فَإِنَّ ٱللَّهَ كَانَ عَفُوًّا قَدِيرًا
ʹIñ tubdoo khayran ʹaw tukhfoohu ʹaw taʻfoo ʻañ soooʹiñ faʹinnal laaha kaana ʻAfuwwañ Q̣adeeraa.
(އޭ މީސްތަކުންނޭވެ!) ކަލޭމެން ހެޔޮބަހެއް ނުވަތަ ހެޔޮކަމެއް ފައުޅުކުރިޔަސް ނުވަތަ އެކަމެއް ވަންހަނާކުރިޔަސް ނުވަތަ (މީހަކު ކަލޭމެނަށް ކުރިނުބައިކަމަކުން) ކަލޭމެން عفو ކުރިޔަސް (އެއީ ހަމަރަނގަޅު ކަމެކެވެ.) އެހެނީ ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ގިނަގިނައިން عفو ކުރައްވާ ކުޅަދުންވަންތަ ކަލަކުކަމުގައެވެ. (ކަލޭމެންވެސް ކުޅަދާނަވެގެންވާ حال عفو ކުރުން އެދެވިގެންވެއެވެ.)
-
4:150
إِنَّ ٱلَّذِينَ يَكْفُرُونَ بِٱللَّهِ وَرُسُلِهِۦ وَيُرِيدُونَ أَن يُفَرِّقُوا۟ بَيْنَ ٱللَّهِ وَرُسُلِهِۦ وَيَقُولُونَ نُؤْمِنُ بِبَعْضٍ وَنَكْفُرُ بِبَعْضٍ وَيُرِيدُونَ أَن يَتَّخِذُوا۟ بَيْنَ ذَٰلِكَ سَبِيلًا
ʹInnal laẓeena yakfuroona billaahi wa-rusulihee wa-yureedoona ʹañy yufarriq̣oo baynal laahi wa-Rusulihee wa-yaq̣ooloona nuʹminu bibaʻḍiñw wanakfuru bibaʻḍiñw wayureedoona ʹañy yattakhizoo bayna ẓaalika sabeelaa,
ހަމަކަށަވަރުން ﷲ އަށާއި އެކަލާނގެ رسول ންނަށް ކާފަރުވާމީހުން، އަދި އެމީހުން ﷲ އާއި އެކަލާނގެ رسول ންނާއި ދެމެދު (އީމާންވުމުގެގޮތުން) فرق ކޮށް ވަކިކުރަން އެދޭމީހުން، އަދި އަހުރެމެން އީމާންވާނީ ބަޔަކަށެވެ. އަދި އަހުރެމެން އަނެއްބަޔަކަށް ކާފަރުވާނީއޭ ބުނެ ހަދާމީހުން، އަދި އެދެމެދުން އެހެންމަގެއް ހޯދަން އެދޭމީހުން (إسلام دين ނޫން އެހެން ދީނެއް ހޯދުމަށް އެދޭމީހުން ދަންނައެވެ.
-
4:151
أُو۟لَـٰٓئِكَ هُمُ ٱلْكَـٰفِرُونَ حَقًّا ۚ وَأَعْتَدْنَا لِلْكَـٰفِرِينَ عَذَابًا مُّهِينًا
ʹUlaaaʹika humul kaafiroona ḥaq̣q̣aa; wa-ʹaʻtadnaa lilkaafireena ʻaẓaabam muheenaa.
އެއީ ހަމަކަނޑައެޅިގެން عذاب حقّ ވެގެންވާ (އޮރިޖިނަލް) ކާފަރުންނެވެ. އަދި ކާފަރުންނަށް ތިމަންރަސްކަލާނގެ އިހާނާތްތެރިވެގެންވާ عذاب އެއް ތައްޔާރުކުރެއްވީމެވެ.
-
4:152
وَٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦ وَلَمْ يُفَرِّقُوا۟ بَيْنَ أَحَدٍ مِّنْهُمْ أُو۟لَـٰٓئِكَ سَوْفَ يُؤْتِيهِمْ أُجُورَهُمْ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا
Wallaẓeena ʹaamanoo billaahi wa-Rusulihee wa-lam yufarriq̣oo bayna ʹaḥadim minhum ʹulaaʹika sawfa yuʹteehim ʹujoorahum: wa-kaanal laahu G̣afoorar Raḥeemaa.
އަދި ﷲ އަށާއި އެކަލާނގެ رسول ންނަށް އީމާންވީ މީސްތަކުން، އަދި އެއިން އެއްވެސް ފަރާތެއް ވަކި ނުކޮށް (އެއްބޭކަލަކަށް އީމާންވެ، އަނެއް ބޭކަލަކަށް ކާފަރުވުންފަދަ ކަމެއްނުކޮށް ﷲ އަށާއި އެންމެހައި رسول ންނަށް قواعد ން އީމާންވީ މީސްތަކުން ދަންނައެވެ!) ނިކަންހުރެ އެމީހުންނަށް އެމީހުންގެ އުޖޫރަ، ހެޔޮދަރުމަ ދެއްވޭހުއްޓެވެ. އެބަހީ އެކަމުގެދަރުމަ އެމީހުންނަށް ﷲ ދެއްވާނެއެވެ. އަދި ﷲ ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑު ކަލަކުކަމުގައެވެ.
-
4:153
يَسْـَٔلُكَ أَهْلُ ٱلْكِتَـٰبِ أَن تُنَزِّلَ عَلَيْهِمْ كِتَـٰبًا مِّنَ ٱلسَّمَآءِ ۚ فَقَدْ سَأَلُوا۟ مُوسَىٰٓ أَكْبَرَ مِن ذَٰلِكَ فَقَالُوٓا۟ أَرِنَا ٱللَّهَ جَهْرَةً فَأَخَذَتْهُمُ ٱلصَّـٰعِقَةُ بِظُلْمِهِمْ ۚ ثُمَّ ٱتَّخَذُوا۟ ٱلْعِجْلَ مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَـٰتُ فَعَفَوْنَا عَن ذَٰلِكَ ۚ وَءَاتَيْنَا مُوسَىٰ سُلْطَـٰنًا مُّبِينًا
Yasʹaluka ʹAhlul Kitaabi añ tunazzila ʻalayhim Kitaabam minas samaaaʹi faq̣ad saʹaloo Moosaaa ʹakbara miñ ẓaalika faq̣aalooo ʹarinal laaha jahratañ faʹakhaẓathumuṣ ṣaaʻiq̣atu biz̤̣ulmihim. S̤ummat takhaẓul ʻijla mim baʻdi maa- jaaaʹathumul Bayyinaatu faʻafawnaa ʻañ ẓaalik: wa-ʹaataynaa Moosaa sulṭaanam mubeena.
(އޭ رسول ﷲ އެވެ!) أَهْلُ كِتَاب ންގެމީހުން އެމީހުންގެމައްޗަށް ކަލޭގެފާނު އުޑުން ފޮތެއް ގެންނެވުމަށް އެމީހުން އެދެއެވެ. (އެއީ عجائب ކަމެއްނޫނެވެ. މީގެކުރީން ތިބި އެމީހުންގެ ކާބަފައިން) موسى (عليه السّلام) ގެ އަރިހުން އެއަށްވުރެ މާބޮޑު ކަމަކަށް އެދުނެވެ. އެމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. (އޭ موسى އެވެ!) ހަމަ ފާޅުގައި އަހުރެމެންގެ ލޯތަކަށް ފެންނަގޮތަށް ﷲ އަހުރެމެންނަށް ދައްކަވާށެވެ! ދެންފަހެ (އެމީހުންގެ އެބަހުގެ ބޭއަދަބީކަމުންނާ) އި އެމީހުންގެ އަނިޔާވެރިކަމުގެ ސަބަބުން އެމީހުންނަށް އައީ އަލިފާނެއެވެ. (އޭގެ ސަބަބުން އެމީހުން މަރުވެދިޔައީއެވެ.) ދެން (އޭ أهل كتابންނޭވެ!) އެމީހުންނަށް بيان ވެގެންވާ دليل އާއި حجّة އައުމަށްފަހު އެމީހުން ޅަގެރި (إله އެއްގެގޮތުގައި) ހިފާ إختيار ކުރީއެވެ. ދެންވެސް ތިމަންރަސްކަލާނގެ އެކަމުން އެމީހުންނަށް عفو ކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ موسى (عليه السّلام) އަށް بيان ވެގެންވާ حجّة އާއި دليل އެއް ދެއްވީމެވެ. (އެއީ އެކަލޭގެފާނުންގެ نبي ކަމުގެ ތެދުކަމާއި حقيقة ގެ މައްޗަށެވެ.)
-
4:154
وَرَفَعْنَا فَوْقَهُمُ ٱلطُّورَ بِمِيثَـٰقِهِمْ وَقُلْنَا لَهُمُ ٱدْخُلُوا۟ ٱلْبَابَ سُجَّدًا وَقُلْنَا لَهُمْ لَا تَعْدُوا۟ فِى ٱلسَّبْتِ وَأَخَذْنَا مِنْهُم مِّيثَـٰقًا غَلِيظًا
Wa-Rafaʻnaa fawq̣ahumuṭ Ṭoora bi-Mis̤aaq̣ihim wa-q̣ulnaa lahumud khulul abaaba sujjadañw waq̣ulnaa lahum laa- taʻdoo fis Sabti wa-ʹakhaẓnaa minhum Mees̤aaq̣an g̣aleez̤̣aa.
އަދި ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް طور ފަރުބަދަ އުފުއްލެވީމެވެ. އެއީ (އެމީހުން توراة ގައިވާ ގޮތަށް عمل ކުރުމަށް عهد ކަށަވަރުވުމަށްފަހު) އެ عهد ކަށަވަރު އުވާލާ توراة ގައިވާފަދައަކުން عمل ނުކުރުމުގެ ސަބަބުންނެވެ. އަދި ކަލޭމެން سجدة ކުރާ حال އެބަހީ ކިޔަމަންތެރިވެގެންވާ ޙާލު ރަށުގެދޮރުން ކަލޭމެން ވަންނާށޭ މިފަދައިން އެމީހުންނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. (އެކަމަކު އެމީހުން ދޮރުންވަނީ އެޔާ خلاف އަށް ފޫކޮޅުޖައްސައިގެން ފިރުކެމުންނެވެ.) އަދި ކަލޭމެން ހޮނިހިރުދުވަހު (އެދުވަހުގެ حرمة ކަނޑާ) ހައްދުފަހަނަޅައިގެން ނުދާށޭ އެމީހުންނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. (ނަމަވެސް އޭގެބަޔަކު ހޮނިހިރުދުވަހުގެ حرمة ކަނޑާ މަސްހިފާހެދީއެވެ.)
-
4:155
فَبِمَا نَقْضِهِم مِّيثَـٰقَهُمْ وَكُفْرِهِم بِـَٔايَـٰتِ ٱللَّهِ وَقَتْلِهِمُ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّ وَقَوْلِهِمْ قُلُوبُنَا غُلْفٌۢ ۚ بَلْ طَبَعَ ٱللَّهُ عَلَيْهَا بِكُفْرِهِمْ فَلَا يُؤْمِنُونَ إِلَّا قَلِيلًا
Fabimaa naq̣ḍihim Mees̤aaq̣ahum wa-kufrihim̃ biʹAayaatil laahi wa-q̣atlihimul ʹambiyaaaʹa big̣ayri ḥaq̣q̣iñw wa-q̣awlihim q̣uloobunaa g̣ulf; bal ṭabaʻal laahu ʻalayhaa bikufrihim falaa yuʹminoona ʹillaa q̣aleelaa;
ދެންފަހެ އެމީހުން، އެމީހުންގެ عهد ކަށަވަރު އުވާލުމުގެ ސަބަބުންނާއި، އަދި އެމީހުން ﷲ ގެ އާޔަތްތަކަށް ކާފަރުވުމުގެ ސަބަބުންނާއި އަދި އެމީހުން އެއްވެސް حقّ އަކާއިނުލައި نبي ބޭކަލުން މެރުމުގެސަބަބުންނާއި އަދި "އަހުރެމެންގެ ހިތްތައް މިވަނީ (حقّ އެއް ނުވަންނާނޭގޮތުން ބަންދުވެ ނިވައިވެފައެވެ.) މިހެން އެމީހުން ބުނުމުގެ ސަބަބުންނާއިއެވެ. އަދި ކިއެއްހެއްޔެވެ؟ އެހެންނޫނެވެ. އެމީހުން ކާފަރުވުމުގެ ސަބަބުން ﷲ އެމީހުންގެ ހިތްތަކުގައި ސިއްކަޖެއްސެވީއެވެ. ފަހެ ދާދިމަދުން މެނުވީ އެމީހުން އީމާން ނުވެއެވެ. (އެމީހުން އީމާންވަނީ ބައެއް نبي ންނަށެވެ. އަދި توراة ގެވެސް ބައެއް حكم އަށެވެ...... والله أعلم)
-
4:156
وَبِكُفْرِهِمْ وَقَوْلِهِمْ عَلَىٰ مَرْيَمَ بُهْتَـٰنًا عَظِيمًا
Wa-bikufrihim wa-q̣awlihim ʻalaa Maryama buh-taanan ʻaz̤̣eemaa;
އަދި އެމީހުންގެ ކާފަރުކަމުގެ ސަބަބުންނާއި އަދި مَرْيَم ގެފާނުންގެމައްޗަށް އެމީހުން ބުނި ބޮޑުދޮގުގެ ސަބަބުންނެވެ.
-
4:157
وَقَوْلِهِمْ إِنَّا قَتَلْنَا ٱلْمَسِيحَ عِيسَى ٱبْنَ مَرْيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَـٰكِن شُبِّهَ لَهُمْ ۚ وَإِنَّ ٱلَّذِينَ ٱخْتَلَفُوا۟ فِيهِ لَفِى شَكٍّ مِّنْهُ ۚ مَا لَهُم بِهِۦ مِنْ عِلْمٍ إِلَّا ٱتِّبَاعَ ٱلظَّنِّ ۚ وَمَا قَتَلُوهُ يَقِينًۢا
Wa-q̣awlihim ʹinnaa q̣atal-nal Maseeḥa ʻEesab na Maryama Rasoolal laah;― wa-maa q̣ataloohu wa-maa ṣalaboohu wa-laakiñ shubbiha lahum; wa-ʹinnal laẓeenakh talafoo feehi lafee shakkim minh: maa- lahum̃ bihee min ʻilmin ʹillat tibaaʻaz̤̣ z̤̣ann; wa-maa q̣ataloohu yaq̣eenaa;―
"އަދި ﷲ ގެ رسول އާ عيسى بن مَرْيَم (عليه السّلام) ހަމަކަށަވަރުން އަހުރެމެން قتل ކޮށްފީމެވެ." މިހެން އެމީހުން ބުނުމުގެ ސަބަބުންނެވެ. (އެބަހީ މިކަންކަމުގެ ސަބަބުން ތިމަންރަސްކަލާނގެ އެމީހުންނަށް لعنة ލެއްވީމެވެ.) އަދި ހަމަކަށަވަރުން އެމީހުން އެކަލޭގެފާނު قتل ނުކުރެއެވެ. އަދި އެމީހުން އެކަލޭގެފާނު صليب އަކަށްވެސް ނުލައެވެ. އަދި އެހެނެއްކަމަކު އެމީހުންނަށް އޮޅުވައިލެވުނީއެވެ. އަދި ކަށަވަރުންވެސް އެކަލޭގެފާނާއިމެދު إختلاف ވެ ދެބަސްވީމީހުންވަނީ އެކަލޭގެފާނާއިމެދު ޝައްކެއްގައެވެ. އެމީހުންނަށް އެކަމާއިމެދު ނުވަތަ އެކަލޭގެފާނާއިމެދު އެއްވެސް އެނގުމެއް ނުވެއެވެ. ހަމައެކަނި އެމީހުން تبع ވަނީ ހީކުރުމަކަށެވެ. يقينُ ންވެސް އެމީހުން އެކަލޭގެފާނު قتل އެއް ނުކުރެއެވެ. (ނުވަތަ އެމީހުންނަށްވެސް يقين ވާފަދަ ގޮތަކަށް އެކަލޭގެފާނު قتل ނުކުރެވެއެވެ.)
-
4:158
بَل رَّفَعَهُ ٱللَّهُ إِلَيْهِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا
Bar rafaʻahul laahu ʹilayh: wa-kaanal laahu ʹAzeezan Ḥakeemaa;―
އަދި ކިއެއްހެއްޔެވެ؟ ﷲ تعالى އެކަލާނގެ حضرة އަށް އެކަލޭގެފާނު އުފުއްލެވީއެވެ. އަދި عزّة ވަންތަ حكمة ވަންތަކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.
-
4:159
وَإِن مِّنْ أَهْلِ ٱلْكِتَـٰبِ إِلَّا لَيُؤْمِنَنَّ بِهِۦ قَبْلَ مَوْتِهِۦ ۖ وَيَوْمَ ٱلْقِيَـٰمَةِ يَكُونُ عَلَيْهِمْ شَهِيدًا
Wa-ʹim min ʹAhlil Kitaabi ʹillaa layuʹminanna bihee q̣abla mawtih; wa-Yawmal Q̣iyaamati yakoonu ʻalayhim shaheedaa;―
އަދި قيامة ވުމުގެކުރިން އެކަލޭގެފާނަށް (އެބަހީ عيسى عليه السّلام އަށް) އީމާންވެގެންނުވާ އެއްވެސް أهل كتاب އަކު ނުހުންނާނެއެވެ. (އެބަހީ އެންމެހާ يهودي ންނާއި نصارى އިން އެކަލޭގެފާނަށް އީމާންވާނެއެވެ. އެއީ ފަހުޒަމާނުގައި އެކަލޭގެފާނު ފައިބާވަޑައިގަތުމަށްފަހުގައެވެ.) އަދި قيامة ދުވަހުން އެކަލޭގެފާނު އެމީހުންގެމައްޗަށް ހެކިވެވަޑައިގަންނަވާނެއެވެ.
-
4:160
فَبِظُلْمٍ مِّنَ ٱلَّذِينَ هَادُوا۟ حَرَّمْنَا عَلَيْهِمْ طَيِّبَـٰتٍ أُحِلَّتْ لَهُمْ وَبِصَدِّهِمْ عَن سَبِيلِ ٱللَّهِ كَثِيرًا
Fabiz̤̣ulmim minal laẓeena haadoo ḥarramnaa ʻalayhim ṭayyibaatin ʹuḥillat lahum wa-biṣaddihim ʻañ Sabeelil laahi kas̤eeraa;―
އަދި އެމީހުންގެ، އެބަހީ އެ يهودي ންގެ އަނިޔާވެރިކަމުގެ ސަބަބުން އަދި ގިނަގިނައިން އެމީހުން ﷲ ގެމަގު ބަންދު ކުރުމުގެ ސަބަބުންނާއި މިކަންކަމުގެސަބަބުން އެމީހުންނަށް حلال ވެވިގެންވާ އެތައް ރަނގަޅު އެއްޗެއް ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް حرام ކުރެއްވީމެވެ.
-
4:161
وَأَخْذِهِمُ ٱلرِّبَوٰا۟ وَقَدْ نُهُوا۟ عَنْهُ وَأَكْلِهِمْ أَمْوَٰلَ ٱلنَّاسِ بِٱلْبَـٰطِلِ ۚ وَأَعْتَدْنَا لِلْكَـٰفِرِينَ مِنْهُمْ عَذَابًا أَلِيمًا
Wa-ʹakhẓihimur Ribaa wa-q̣ad nuhoo ʻanhu wa-ʹaklihim ʹamwaalan naasi bilbaaṭil;― waʹaʻtadnaa lilkaafireena minhum ʻaẓaaban ʹaleemaa.
އަދި އެމީހުން ރިބާހިފާހެދުމުގެ ސަބަބުންނާއި އެރިބާގެ މުޢާމަލާ ވަނީ އެމީހުންނަށް مَنَعَ ވެވި ނަހީވެވިފައެވެ. -އަދި އެމީހުން بَاطِل ގޮތުގައި މީސްތަކުންގެ މުދާތައް ކެއުމުގެ ސަބަބުންނާއިއެވެ. (އެބަހީ މިހުރިހާ ކަންކަމުގެ ސަބަބުން ތިމަންރަސްކަލާނގެ އެމީހުންނަށް ކުރިން حلال ވެވިގެންވީ އެތައް ރަނގަޅު އެއްޗެއް އެމީހުންގެ މައްޗަށް حرام ކުރެއްވީމެވެ.) އަދި ކާފަރުންނަށް ވޭންދެނިވި عذاب އެއް ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.
-
4:162
لَّـٰكِنِ ٱلرَّٰسِخُونَ فِى ٱلْعِلْمِ مِنْهُمْ وَٱلْمُؤْمِنُونَ يُؤْمِنُونَ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ ۚ وَٱلْمُقِيمِينَ ٱلصَّلَوٰةَ ۚ وَٱلْمُؤْتُونَ ٱلزَّكَوٰةَ وَٱلْمُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ أُو۟لَـٰٓئِكَ سَنُؤْتِيهِمْ أَجْرًا عَظِيمًا
Laakinir Raasikhoona fil ʻilmi minhum wal-Muʹminoona yuʹminoona bimaaa ʹuñzila ʹilayka wa-maaa ʹuñzila miñ q̣ablika walmuq̣eemeenaṣ Ṣalaata Walmuʹtoonaz Zakaata wal-Muʹminoona billaahi wal-Yawmil ʹAakhir: ʹulaaaʹika sanuʹteehim ʹajran ʻa-Z̤̣eemaa.
އަދި އެހެނެއްކަމަކު އެމީހުންގެތެރެއިން (އެބަހީ يهودي ންގެތެރެއިން) علم ގައި ފުނަށް ފައިބާވަޑައިގެންފައިވާ ބޭކަލުންނާއި އަދި مؤمن ން (އެބަހީ ﷲ އަށާއި އެކަލާނގެ رسول ންނަށް އީމާންވާމީހުން) ކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗަށް އީމާންވެއެވެ. އަދި ކަލޭގެފާނުންގެ ކުރީގައި ބާވައިލެއްވުނު ތަކެއްޗަށްވެސް އީމާންވެއެވެ. އަދި އެމީހުން ނަމާދު قائم ކޮށް އަދި އެމީހުން ޒަކާތްދީ އަދި އެމީހުން ﷲ އަށާއި آخرة ދުވަހަށް އީމާންވާ މިސިފަތައްހުރި މިއެންމެން ދަންނައެވެ! ނިކަންހުރެ ތިމަންރަސްކަލާނގެ އެމީހުންނަށް ބޮޑުވެގެންވާ ދަރުމައެއް ދެއްވާހުށީމެވެ.
-
4:163
۞ إِنَّآ أَوْحَيْنَآ إِلَيْكَ كَمَآ أَوْحَيْنَآ إِلَىٰ نُوحٍ وَٱلنَّبِيِّـۧنَ مِنۢ بَعْدِهِۦ ۚ وَأَوْحَيْنَآ إِلَىٰٓ إِبْرَٰهِيمَ وَإِسْمَـٰعِيلَ وَإِسْحَـٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَـٰرُونَ وَسُلَيْمَـٰنَ ۚ وَءَاتَيْنَا دَاوُۥدَ زَبُورًا
ʹInnaaa ʹawḥaynaaa ʹilayka kamaaa ʹawḥaynaaa ʹilaa Nooḥiñw wan-nabiyyeena mim baʻdih; wa-ʹawḥaynaaa ʹilaaa ʹIbraaheema wa-ʹIsmaaʻeela wa-ʹIsḥaaq̣a wa-Yaʻq̣ooba wal-ʹasbaaṭi wa-ʻEesaa wa-ʹayyooba wa-Yoonusa wa-Haaroona wa-Sulaymaan: wa-ʹaataynaa Daawooda Zabooraa.
ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحي ބާވައިލެއްވީ نوح عليه السّلام އަށާއި އަދި އެކަލޭގެފާނުންގެ ފަހު نبي ބޭކަލުންނަށްވެސް وحي ބާވައިލެއްވިފަދައިންނެވެ. އަދި ތިމަންރަސްކަލާނގެ إبراهيم ގެފާނަށާއި إسماعيل ގެފާނަށާއި إسحاق ގެފާނަށާއި يعقوب ގެފާނަށާއި الأسْبَاط ންނަށާއި عيسى ގެފާނަށާއި أيّوب ގެފާނަށާއި نُونس ގެފާނަށާއި هارون ގެފާނަށާއި އަދި سُلَيْمَان ގެފާނަށާއި (عليهم السّلام) މިއެންމެ ބޭކަލުންގެ މައްޗަށް وحي ބާވައިލެއްވީމެވެ. އަދި داؤد (عليه السّلام) އަށް ތިމަންރަސްކަލާނގެ زَبُور ދެއްވީމެވެ.
-
4:164
وَرُسُلًا قَدْ قَصَصْنَـٰهُمْ عَلَيْكَ مِن قَبْلُ وَرُسُلًا لَّمْ نَقْصُصْهُمْ عَلَيْكَ ۚ وَكَلَّمَ ٱللَّهُ مُوسَىٰ تَكْلِيمًا
Wa-rusulañ q̣ad q̣aṣaṣnaahum ʻalayka miñ q̣ablu wa-rusulal lam naq̣ṣuṣhum ʻalayk; wa-kallamal laahu Moosaa takleemaa;
އަދި އެހެން رسول ބޭކަލުންނަށްވެސް (ތިމަންރަސްކަލާނގެ وحي ބާވައިލެއްވީމެވެ.) އެބޭކަލުންގެ ވާހަކަތައް މީގެކުރިން ކަލޭގެފާނަށް ތިމަންރަސްކަލާނގެ އަންގަވައި ދެއްވާފައިވާ، އަދި އެބޭކަލުންގެ ވާހަކަތައް ކަލޭގެފާނަށް ތިމަންރަސްކަލާނގެ އަންގަވައި ދެއްވާފައިނުވާ رسولُ ންނަށްވެސް (وحي ބާވައިލެއްވީމެވެ.) އަދި ކަނޑައެޅިގެން ﷲ تعالى موسى عليه السّلام އަށް ބަސްފުޅު وحي ކުރެއްވިއެވެ. ވާހަކަފުޅު ދައްކަވާ ހެއްދެވިއެވެ.)
-
4:165
رُّسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةٌۢ بَعْدَ ٱلرُّسُلِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا
Rusulam mubashshireena wa-muñẓireena liʹallaa yakoona linnaasi ʻalal laahi ḥujjatum baʻdar rusul; wa-kaanal laahu ʻAzeezan Ḥakeemaa.
އެ رسول ބޭކަލުން ތިމަންރަސްކަލާނގެ ފޮނުއްވީ (ކިޔަމަންގަތް އަޅުންނަށް ސުވަރުގޭގެ ވާހަކައިން) އުފާވެރިކަމުގެ خبر ދެއްވާ އަދި (ނުކިޔަމަންތެރިވީމީހުންނަށް ނަރަކައިގެ ވާހަކައިން) ބިރުގަންނަވާ ބޭކަލުންގެގޮތުންނެވެ. އެއީ رسول ބޭކަލުން ފޮނުއްވުމަށްފަހު ﷲ تعالى ގެ މައްޗަށް މީސްތަކުންދައްކާނޭ އެއްވެސް حجّة އެއް ނުއޮތުމަށްޓަކައެވެ. (عُذْر އެއް ނުއޮތުމަށްޓަކައެވެ.) އަދި عزّة ވަންތަ حكمة ވަންތަ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.
-
4:166
لَّـٰكِنِ ٱللَّهُ يَشْهَدُ بِمَآ أَنزَلَ إِلَيْكَ ۖ أَنزَلَهُۥ بِعِلْمِهِۦ ۖ وَٱلْمَلَـٰٓئِكَةُ يَشْهَدُونَ ۚ وَكَفَىٰ بِٱللَّهِ شَهِيدًا
Laakinil laahu yashhadu bimaaa ʹañzala ʹilayka ʹañzalahoo biʻilmihee wal-malaaaikatu yashhadoon: wa-kafaa billaahi Shaheedaa.
އެހެނެއްކަމަކު ﷲ تعالى އެކަލާނގެ ކަލޭގެފާނަށް ބާވައިލައްވާތަކެއްޗަށް ހެކިވެވޮޑިގަންނަވައެވެ. އެކަލާނގެ އެތަކެތި ބާވައިލައްވާފައިވަނީ ހަމަ ދެނެވޮޑިގަތުމާ އެކުގައެވެ. އަދި ملائكة ބޭކަލުންވެސް އެކަމަށް ހެކިވެވަޑައި ގަންނަވައެވެ. (އެހެންވީއިރު ކާފަރުންގެމީހުން އެ قرآن ދޮގުކޮށް އެއީ ކަލޭގެފާނު އަމިއްލަފުޅަށް ހެއްދެވި އެއްޗެކޭކިޔަސް އެކަމާ ހިތާމަފުޅު ނުކުރައްވާށެވެ.) އެކަމަށް ހެކިވެވޮޑިގަންނަވާ ކަލަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ.
-
4:167
إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ قَدْ ضَلُّوا۟ ضَلَـٰلًۢا بَعِيدًا
ʹInnal laẓeena kafaroo wa-saddoo ʻañ Sabeelil laahi q̣ad ḍalloo ḍalaalam baʻeedaa.
ހަމަކަށަވަރުން ކާފަރުވީ މީސްތަކުން އަދި އެމީހުން ﷲ ގެމަގު ބަންދުކޮށް - އެބަހީ إسلام دين އަށް މީސްތަކުން ވަނަނުދީ ބަންދުކޮށް ހިފަހައްޓާމީހުން ހަމަކަށަވަރުން އެމީހުން ވަރަށް ބޮޑު މަގުފުރެދުމަކުން މަގުފުރެދި އަވަދިވެއްޖެއެވެ.
-
4:168
إِنَّ ٱلَّذِينَ كَفَرُوا۟ وَظَلَمُوا۟ لَمْ يَكُنِ ٱللَّهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ طَرِيقًا
ʹInnal laẓeena kafaroo waz̤̣alamoo lam yakunil laahu liyag̣fira lahum wa-laa liyahdiyahum ṭareeq̣aa―
ހަމަކަށަވަރުން ކާފަރުވީ މީސްތަކުން އަދި އެމީހުން އަނިޔާވެރިވި މީސްތަކުން (ދަންނައެވެ!) އެމީހުންނަށް ފާފަފުއްސަވާނެ ކަލަކުކަމުގައި ﷲ ވޮޑިގެންނުވެއެވެ. އަދި އެމީހުންނަށް (ސުވަރުގެއަށް واصل ވެވޭނެ) އެއްވެސް މަގެއް ދައްކަވާނެ ކަލަކުކަމުގައިވެސް އެކަލާނގެ ވޮޑިގެން ނުވެއެވެ.
-
4:169
إِلَّا طَرِيقَ جَهَنَّمَ خَـٰلِدِينَ فِيهَآ أَبَدًا ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًا
ʹIllaa ṭareeq̣a jahannama khaalideena fihaaa ʹabadaa. Wa-kaana ẓaalika ʻalal laahi yaseeraa.
ހަމައެކަނި ނަރަކައިގެ މަގު މެނުވީއެވެ. (އެކަލާނގެ އެމީހުންނަށް ދައްކަވާނެ މަގަކީ ނަރަކައިގެ މަގެވެ.) އެމީހުން އަބަދާ އަބަދު އެތާ ދެމިތިބޭގޮތަށެވެ. އަދި އެކަމަކީ ﷲ އަށް ދާދިފަސޭހަކަމެއް ކަމުގައިވިއެވެ.
-
4:170
يَـٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُمُ ٱلرَّسُولُ بِٱلْحَقِّ مِن رَّبِّكُمْ فَـَٔامِنُوا۟ خَيْرًا لَّكُمْ ۚ وَإِن تَكْفُرُوا۟ فَإِنَّ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًا
Yaaaʹayyuhan naasu q̣ad jaaaʹakumur Rasoolu bilḥaq̣q̣i mir rabbikum faʹaaminoo khayral lakum. Wa-ʹiñ takfuroo faʹinna lillaahi maa- fis samaawaati wal-ʹarḍ: wa-kaanal laahu ʻAleeman Ḥakeemaa.
އޭ މީސްތަކުންނޭވެ! ކަލޭމެންގެ ربّ ގެ حضرة ން حقّ އާއިގެން މާތްވެގެންވާ رسول އާ محمّد ﷺ ހަމަކަށަވަރުން ކަލޭމެންގެ ގާތަށް ވަޑައިގެންފިއެވެ. ފަހެ ކަލޭމެން (އެކަލޭގެފާނާއި އެކަލޭގެފާނު ގެންނެވި ތަކެތި ތެދުކޮށް އެއަށް إيمان ވާށެވެ!) އެއީ ކަލޭމެނަށް ހެވެވެ. އަދި ކަލޭމެން އީމާންނުވެ ކާފަރުވިޔަސް (އެކަމުން ﷲ އަށް އެއްވެސް ދެރަކަމެއް އުނިކަމެއް ނުވެއެވެ. ގެއްލުމާއި ހަލާކު ހުރީ ހަމަ ކަލޭމެނަށެވެ.) އެހެނީ ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހާ ތަކެތި مِلْكُ ވެ خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. އަދި އެކަލާނގެ ވޮޑިގެންވަނީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލަކު ކަމުގައެވެ.
-
4:171
يَـٰٓأَهْلَ ٱلْكِتَـٰبِ لَا تَغْلُوا۟ فِى دِينِكُمْ وَلَا تَقُولُوا۟ عَلَى ٱللَّهِ إِلَّا ٱلْحَقَّ ۚ إِنَّمَا ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ رَسُولُ ٱللَّهِ وَكَلِمَتُهُۥٓ أَلْقَىٰهَآ إِلَىٰ مَرْيَمَ وَرُوحٌ مِّنْهُ ۖ فَـَٔامِنُوا۟ بِٱللَّهِ وَرُسُلِهِۦ ۖ وَلَا تَقُولُوا۟ ثَلَـٰثَةٌ ۚ ٱنتَهُوا۟ خَيْرًا لَّكُمْ ۚ إِنَّمَا ٱللَّهُ إِلَـٰهٌ وَٰحِدٌ ۖ سُبْحَـٰنَهُۥٓ أَن يَكُونَ لَهُۥ وَلَدٌ ۘ لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَكَفَىٰ بِٱللَّهِ وَكِيلًا
Yaaaʹahlal Kitaabi laa- tag̣loo fee deenikum wa-laa taq̣ooloo ʻalal laahi ʹillal ḥaq̣q̣. ʹInnamal Maseeḥu ʻEesab nu Maryama Rasoolul laahi wa-Kalimatuhooo ʹalq̣aahaaa ʹilaa Maryama wa-rooḥum minh. Faʹaaminoo billaahi wa-Rusulih. Wa-laa taq̣ooloo S̤alaas̤ah: ʹiñtahoo khayral lakum: ʹinnamal laahu ʹIlaahuñw waaḥid: Subḥaanahooo ʹañy yakoona lahoo walad. Lahoo maa- fis samaawaati wa-maa fil ʹarḍ. Wa-kafa billaahi Wakeela.
އޭ أَهْلُ كِتَابُ ންނޭވެ! (އޭ يهودي ންނާއި نصارى އިންނެވެ!) ކަލޭމެންގެ دين ގައި ކަލޭމެން غُلُوُّ ނުކުރާށެވެ! (مدح ކިއުމުގައި ހައްދުފަހަނަޅައިގެން ނުދާށެވެ!- عيسى عليه السّلام މާތްކުރަމުންގޮސް އެއީ ﷲ ގެ ދަރިކަލުންނޭ ނުކިޔާށެވެ! އަދި عُزَيْرُ ގެފާނަކީ ﷲ ގެ ދަރިކަލުންނޭ ނުކިޔާށެވެ! އެއީ އެ ދެބޭކަލުންނާމެދު يهودي ންނާއި نصارى އިން ކިޔާގޮތެވެ.) އަދި ﷲ އާއިމެދު ކަލޭމެން حقّ ބަހެއް މެނުވީ ނުބުނާށެވެ! ހަމަކަށަވަރުން مريم ގެފާނުންގެ ދަރިކަލުން عيسى عليه السّلام އަކީ الْمَسِيْحُ އެވެ. އެއީ ﷲ ގެ رَسول އާއެވެ. އަދި އެއީ مريم ގެފާނަށް " عيسى ގެފާނުވާށޭ އެންގެވި كُنْ މި كلمة އެވެ. އަދި އެކަލާނގެ حضرة ންވާ روح އެވެ. ފަހެ ކަލޭމެން ﷲ އަށާއި އެކަލާނގެ رسول ންނަށް އީމާންވާށެވެ! ތެދުކުރާށެވެ! އަދި (ﷲ އެއީ) ތިނަކުންތިންވަނައޭނުބުނާށެވެ! (އެމީހުން ކިޔާގޮތުން إله އަކީ ﷲ سبحانه وتعالى އާއި مريم ގެފާނާއި الْمَسِيْحُ އެވެ. - تعالى ﷲ عن مَا يقولون علوًّا كَبِيْرًا) ކަލޭމެން އެހެން ބުނުމުން ހުއްޓައިލާށެވެ! އެގޮތް ކަލޭމެންނަށް ހެޔޮވެގެންވެއެވެ. ﷲ ވާކަން ކަށަވަރީ އެއްކައުވަންތަ ހަމަ އެންމެ إله އެއް ކަމުގައެވެ. އެކަލާނގެއަށް ދަރިކަލަކު ވުމުން އެކަލާނގެ ހުސް طاهر ވަންތަވެ ވޮޑިގެންވެއެވެ. އުޑުތަކާއި ބިމުގައި ވާހާތަކެތި مِلْكُ ވެ خاصّ ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. (ހުރިހާ ތަކެތި ރައްކާތެރިކުރައްވާ ކަލަކުކަމުގައި) ﷲ ފުދިވޮޑިގެންވެއެވެ.
-
4:172
لَّن يَسْتَنكِفَ ٱلْمَسِيحُ أَن يَكُونَ عَبْدًا لِّلَّهِ وَلَا ٱلْمَلَـٰٓئِكَةُ ٱلْمُقَرَّبُونَ ۚ وَمَن يَسْتَنكِفْ عَنْ عِبَادَتِهِۦ وَيَسْتَكْبِرْ فَسَيَحْشُرُهُمْ إِلَيْهِ جَمِيعًا
Lañy yastañkifal Maseeḥu ʹañy yakoona ʻAbdal lillaahi wa-lal malaaaʹikatul muq̣arraboon. Wa-mañy yastañkif ʻan ʻibaadatihee wa-yastakbir fasayaḥshuruhum ʹilayhi jameeʻaa.
الْمَسِيْحُ يعني: عيسى (عليه السّلام) އެއީ ﷲ ގެ އަޅަކަށްވުމަކަށް އެކަލޭގެފާނު ރުހިވަޑައިނުގެން ނުވެއެވެ. އެކަމަށް نفرت ވެވަޑައިގެން كبر ވެރިވެވަޑައިގެން ނުވެއެވެ. އަދި ކުއްތަންވެގެންވާ ملائكة ބޭކަލުންވެސް ﷲ ގެ އަޅުންނަށްވުމަށް نفرت ވެވަޑައިގެން ބޮޑާވެވަޑައި ނުގަންނަވައެވެ. އަދި އެކަލާނގެއަށް އަޅުކަންކުރުމާމެދު ނުރުހި كِبْرُ ވެރިވެ ބޮޑާވެއްޖެ ކޮންމެ މީހަކު (ދަންނައެވެ!) ފަހެ ނިކަން ހުރެ އެކަލާނގެ އެ އެންމެން އެކީއެކަށް އެކަލާނގެ حضرة އަށް ޖަމާކުރައްވާ އެއްކުރައްވާ ހުއްޓެވެ.
-
4:173
فَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَيُوَفِّيهِمْ أُجُورَهُمْ وَيَزِيدُهُم مِّن فَضْلِهِۦ ۖ وَأَمَّا ٱلَّذِينَ ٱسْتَنكَفُوا۟ وَٱسْتَكْبَرُوا۟ فَيُعَذِّبُهُمْ عَذَابًا أَلِيمًا وَلَا يَجِدُونَ لَهُم مِّن دُونِ ٱللَّهِ وَلِيًّا وَلَا نَصِيرًا
Faʹammal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati fayuwaffeehim ʹujoorahum wa-yazeeduhum miñ faḍlih; wa-ʹammal laẓeenas tañkafoo wastakbaroo fayuʻaẓẓibuhum ʻaẓaaban ʹaleemaa. Wa-laa yajidoona lahum miñ doonil laahi waliyyañw walaa naṣeeraa.
ފަހެ އީމާންވެގެން صالح عمل ކުރިމީހުން (ދަންނައެވެ!) ފަހެ އެކަލާނގެ އެމީހުންނަށް އެމީހުންގެ ދަރުމަ ފުރިހަމަކުރައްވައި އަދި އެކަލާނގެ فضل ވަންތަކަމުގެތެރެއިން އެމީހުންނަށް އިތުރުކޮށްދެއްވާހުއްޓެވެ. އަދި (އެކަލާނގެއަށް އަޅުކަންކުރުމަށް) ބޮޑާވެ كِبْرُ ވެރިވެ ނުރުހިއްޖެމީހުން (ދަންނައެވެ!) ފަހެ އެކަލާނގެ އެމީހުންނަށް ވޭންދެނިވި عذاب އަކުން عذاب ދެއްވާހުއްޓެވެ. އަދި ﷲ ފިޔަވައި އެއްވެސް ސަހަރޯވެރިއަކުވިޔަސް އަދި نصر ވެރިއަކުވިޔަސް އެމީހުންނަށް ވާތީ އެމީހުން ނުދެކޭނެއެވެ.
-
4:174
يَـٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُم بُرْهَـٰنٌ مِّن رَّبِّكُمْ وَأَنزَلْنَآ إِلَيْكُمْ نُورًا مُّبِينًا
Yaaa-ʹayyuhan naasu q̣ad jaaaʹakum Burhaanum mir Rabbikum wa-ʹañzalnaaa ʹilaykum Nooram mubeena.
އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ކަލޭމެންގެ ربُّ ގެ حضرة ން ކަލޭމެންނަށް حجّة އެއް - دليل އެއް އަތުވެއްޖެއެވެ. (އެއީ محمّد ﷺ އެވެ.) އަދި ތިމަންރަސްކަލާނގެ ކަލޭމެންގެގާތަށް بيان ވެގެންވާ نور އެއް ބާވައިލެއްވީމެވެ. (އެއީ ކީރިތި قرآن އެވެ.)
-
4:175
فَأَمَّا ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَٱعْتَصَمُوا۟ بِهِۦ فَسَيُدْخِلُهُمْ فِى رَحْمَةٍ مِّنْهُ وَفَضْلٍ وَيَهْدِيهِمْ إِلَيْهِ صِرَٰطًا مُّسْتَقِيمًا
Faʹammal laẓeena ʹaamanoo billaahi waʻtaṣamoo bihee fasayudkhiluhum fee Raḥmatim minhu wa-Faḍliñw wayahdeehim ʹilayhi Ṣiraaṭam Mustaq̣eemaa.
އަދި ﷲ އަށް އީމާންވެ އަދި އެކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަތްމީހުން (އެބަހީ قرآن ގައިވާގޮތަށް عمل ކުރިމީހުން) ފަހެ ނިކަންހުރެ އެކަލާނގެ حضرة ންވާ رحمة އާއި ސުވަރުގެއަށާއި އަދި އެކަލާނގެ فضل ވަންތަކަމަށް އެމީހުންނަށް އެކަލާނގެ މަގުދައްކަވާނެއެވެ. އަދި އެކަލާނގެ حضرة އަށްވާ ސީދާ ތެދުމަގަށް އެކަލާނގެ އެމީހުންނަށް މަގުދައްކަވާހުއްޓެވެ. (އެއީ إسلام دين ގެ ތެދުމަގަށެވެ.)
-
4:176
يَسْتَفْتُونَكَ قُلِ ٱللَّهُ يُفْتِيكُمْ فِى ٱلْكَلَـٰلَةِ ۚ إِنِ ٱمْرُؤٌا۟ هَلَكَ لَيْسَ لَهُۥ وَلَدٌ وَلَهُۥٓ أُخْتٌ فَلَهَا نِصْفُ مَا تَرَكَ ۚ وَهُوَ يَرِثُهَآ إِن لَّمْ يَكُن لَّهَا وَلَدٌ ۚ فَإِن كَانَتَا ٱثْنَتَيْنِ فَلَهُمَا ٱلثُّلُثَانِ مِمَّا تَرَكَ ۚ وَإِن كَانُوٓا۟ إِخْوَةً رِّجَالًا وَنِسَآءً فَلِلذَّكَرِ مِثْلُ حَظِّ ٱلْأُنثَيَيْنِ ۗ يُبَيِّنُ ٱللَّهُ لَكُمْ أَن تَضِلُّوا۟ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌۢ
Yastaftoonaka qulil laahu yufteekum fil Kalaalah. ʹInim ruʹun halaka laysa lahoo waladuñw walahooo ʹukhtuñ falahaa niṣfu maa- tarak: wa-huwa yaris̤uhaaa ʹil lam yakul lahaa walad. Faʹiñ kaanatas̤ natayni falahumas̤ s̤ulus̤aani mimmaa tarak: wa-ʹiñ kaanooo ʹikhwatar rijaalañw wa-Nisaaaʹañ faliẓẓakari mis̤lu ḥaz̤̣z̤̣il ʹuñs̤ayayn. Yubayyinul laahu lakum ʹañ taḍilloo. Wallaahu bikulli shayʹin ʻAleem.
(އޭ رسول ﷲ އެވެ!) كلالة އާއިމެދު އެމީހުން ކަލޭގެފާނާއި ސުވާލުކޮށް فَتْوَى އަހާނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. كلالة އާއިމެދު ﷲ ކަލޭމެނަށް فَتْوَى ދެއްވައެވެ. އެއީ މީހަކު މަރުވިއިރު އެމީހާއަށް ދަރިއަކު އަދި ބަފަޔަކުވެސް ނެތް މީހާއެވެ. އަދި އޭނާއަށް أُخْت އެއްވާ މީހާއެވެ. (ދުނިޔޭގައިހުރީ މައްޔިތާގެ أُخْت އެކެވެ.) ފަހެ އެހެންކަމަށްވަންޏާ އެމައްޔިތާގެ ތަރިކަ މުދަލުން ދެބައިކުޅަ އެއްބައި އެ أُخْت އަށް ދޭށެވެ. އަދި އެ أُخْت މަރުވާއިރު އޭނާގެ أخ ހުރި ނަމަ އެ أُخْت ގެ މުދާ އެ أخ ވާރުތަކުރާނެއެވެ. އެއީ އެ أُخْت އަށް ދަރިއަކު ނުވަންޏާއެވެ.\nދެންފަހެ مَيّت އާގެ ދެ أُخْت ން ދުނިޔޭގައިތިބިނަމަ އެ ދެކުދިންނަށް މުދަލުގެ ތިންބައިކުޅަ ދެބައެވެ. (ދެ أُخْت ންގެ މެދުގައި ބެހުމަށެވެ.) އަދި مَيّت އާގެ ގިނަ أخ ންނާއި ގިނަ أُخْت ން ތިބިއްޔާ ކޮންމެ ފިރިހެނަކަށް ދެއަންހެނުންނަށްވާ ވަރެވެ. ދެބައެވެ. ފަހެ ﷲ سبحانه وتعالى ތަރިކަމުދާ ބަހާގޮތް ކަލޭމެނަށް تفصيل ކޮށް بيان ކޮށްދެއްވަނީ އެކަމުގައި ކަލޭމެން މަގު ނުފުރެދުމަށްޓަކައެވެ. އަދި ހުރިހާކަމެއް އަދި ހުރިހާ އެއްޗެއް ﷲ ދެނެވޮޑިގެންވެއެވެ. (ﷲ އީ ހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.)
Surah Al-Ma'idahBegins here at 5:1
-
5:1
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَوْفُوا۟ بِٱلْعُقُودِ ۚ أُحِلَّتْ لَكُم بَهِيمَةُ ٱلْأَنْعَـٰمِ إِلَّا مَا يُتْلَىٰ عَلَيْكُمْ غَيْرَ مُحِلِّى ٱلصَّيْدِ وَأَنتُمْ حُرُمٌ ۗ إِنَّ ٱللَّهَ يَحْكُمُ مَا يُرِيدُ
Yaaaʹayyuhal laẓeena ʹaamanooo ʹawfoo bilʻuq̣ood. ʹUḥillat lakum̃ baheematul ʹanʻaami ʹillaa maa- yutlaa ʻalaykum g̣ayra muḥilliṣ ṣaydi wa-ʹañtum ḥurum: ʹinnal laaha yaḥkumu maa- yureed.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން عَهْدُ ތައް ފުއްދާށެވެ! (ﷲ فرض ކުރައްވާ تَكْلِيْف ކުރައްވާފައިވާ ކަންތަކާއި ނަހީކުރައްވާ މަނާކުރައްވާފައިވާ ކަންތައް ކަލޭމެން ބަރާބަރު ކުރާށެވެ! އަދި އެހެނިހެން މީހުންނާއިއެކު އެއްބަސްވެވިފައިވާ އެއްބަސްވުންތައްވެސް ހިންގާ ބަރާބަރު ކުރާށެވެ! فرض ކަންތައް فرض ގޮތަށެވެ. ނަހީވެސް ނަހީގޮތަށެވެ.) نَعَم ސޫފީގެތެރެއިން حرام އެއްޗެއްގެގޮތުން ކަލޭމެންނަށް އެންގެވިފައިވާ ތަކެތި މެނުވީ نَعَم ސޫފީގެ ބާވަތްތައް (ގެރިބަކަރި جمل) ކަލޭމެންނަށް حلال ކުރެވިއްޖެއެވެ. (حَجّ އަށް ނުވަތަ عُمْرة އަށް) إحرام ބަނދެގެންވާ حال ކަލޭމެން އެތަކެތީގެ ޝިކާރަ ނުކުރާ ބަޔަކުކަމުގައެވެ. (އެބަހީ إحرام ބަނދެގެންވާ حال މިއިން އެއްޗެއް ޝިކާރަކުރުން ހުއްދަވެގެން ނުވެއެވެ.) ހަމަކަށަވަރުން ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާފަދައަކުން حكم ކުރައްވައެވެ. • ދަންނައެވެ. المَائدة މިއީ ކާނާދޮލަނގެވެ. ކާތަކެތީން ތައްޔާރުވެފައިވާ ދޮލަނގެވެ. މިވާހަކަ މިސޫރަތުގެ 112 ވަނަ އާޔަތުން 115 ވަނަ އާޔަތާދެމެދު بيان ވެގެންވެއެވެ. • عُقُود އަކީ عُهُوْد އެވެ. عقد އާއި عَهْد އެއް މާނައެކެވެ. ﷲ أمر ފުޅުތަކާއި ނަހީތަކެވެ. • بَهِيْمَةُ = އަކީ نَعَم ސޫފީގެ ދަރިއެވެ. الأنعام އަކީ نَعَم ގެ جمع އެވެ. نَعَم ސޫތްޕަކީ ގެރިބަކަރި جمل އެވެ. ވީމާ بَهِيْمَة الأنعام އަކީ ގެރިބަކަރި جمل މިތަކެތީގެ ދަރިޔާ ހުރިހާ އެއްޗެކެވެ. ބަނޑުގައި އޮތް ދަރިވެސް ހިމެނޭނެއެވެ. والله أعلم.
-
5:2
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُحِلُّوا۟ شَعَـٰٓئِرَ ٱللَّهِ وَلَا ٱلشَّهْرَ ٱلْحَرَامَ وَلَا ٱلْهَدْىَ وَلَا ٱلْقَلَـٰٓئِدَ وَلَآ ءَآمِّينَ ٱلْبَيْتَ ٱلْحَرَامَ يَبْتَغُونَ فَضْلًا مِّن رَّبِّهِمْ وَرِضْوَٰنًا ۚ وَإِذَا حَلَلْتُمْ فَٱصْطَادُوا۟ ۚ وَلَا يَجْرِمَنَّكُمْ شَنَـَٔانُ قَوْمٍ أَن صَدُّوكُمْ عَنِ ٱلْمَسْجِدِ ٱلْحَرَامِ أَن تَعْتَدُوا۟ ۘ وَتَعَاوَنُوا۟ عَلَى ٱلْبِرِّ وَٱلتَّقْوَىٰ ۖ وَلَا تَعَاوَنُوا۟ عَلَى ٱلْإِثْمِ وَٱلْعُدْوَٰنِ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
Yaaaʹayyuhal laẓeena ʹaamanoo laa- tuḥilloo Shaʻaaaʹiral laahi wa-lash Shahral Ḥaraama wa-lal hadya wa-lal q̣alaaʹida wa-laaa ʹaaammeenal Baytal Ḥaraama yabtag̣oona faḍlam mir Rabbihim wa-riḍwaanaa. Wa-ʹiẓaa ḥalaltum faṣṭaadoo. Wa-laa yajrimannakum shanaʹaanu q̣awmin ʹañ ṣaddookum ʻanil Masjidil Ḥaraami ʹañ taʻtadoo. Wa-taʻaawanoo ʻalal birri wattaq̣waa, wa-laa taʻaawanoo ʻalal ʹis̤mi walʻudwaan: wattaq̣ul laah: ʹinnal laaha Shadeedul ʻiq̣aab.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ﷲ ގެ شَعِيْرَة ތައް حلال ނުކުރާށެވެ! (އެބަހީ އެކަލާނގެ ކަނޑައަޅުއްވާފައިވާ مَعَالِم ތައް އެކަންކަމުގެ حرمة ކަނޑައި ހުއްދަކަމެއްކަމުގައި ނުހަދާށެވެ!) އެކަމެއް އެ އެންގެވިފަދައަކުން ކުރާށެވެ! އެއީ ﷲ ކަލޭމެންގެމައްޗަށް فرض ކުރައްވާ ކުރުން لاَزم ކުރައްވާފައިވާ ކަންކަމާއި ނަހީކުރައްވާ މަނާކުރެއްވި ކަންކަމެވެ. އޭގެތެރޭގައި އެންމެ އިސްކަމަކަށް حجّ ގެ އަޅުކަމާއި مكّة އާއި ދެންވެސް އެބާވަތުގެ އެންމެހައި ކަންތައްތައް ހިމެނޭކަމުގައި ގިނަمُفَسِّر ން ވިދާޅުވެއެވެ. އަދި حرمة ތެރިވެގެންވާ މައްސަރުތައްވެސް އޭގެ حرمة ކަނޑާ حلال ނުކުރާށެވެ! އަދި مكّة ގެ حَرَم ފުޅަށް ހަދިޔާގެގޮތުގައި ގެންދެވޭ هَدْى ތައް (ގެރިބަކަރި جَمَل) ވެސް އޭގެ حرمة ކަނޑައި حلال އެއްޗެތި ކަމުގައި ބަލައި ނުގަވާއިދުން އެތަކެއްޗަށް ގޯނާ ނުކުރާށެވެ! އޭގެތެރޭގައި ފާހަގަކުރުމުގެ ގޮތުން ކަރުގައި ގިލަފަތި އަޅުވާފައިވާ هَدْىُ ކަމުގައިވާ قَلِيْدَة ވެސްވެއެވެ. އެފަދަ ތަކެއްޗަށްވެސް ގޯނާ ނުކުރާށެވެ! އަދި ތިމާމެންގެ رَبُّ ގެ حضرة ން فَضْلَ ވަންތަކަމާއި ރުހިވޮޑިގަތުން އެދިގެން ގެފުޅަށް ޒިޔާރަތްކުރުމަށް އަންނަމީހުން ކަލޭމެން ހިފަހައްޓާ މަނާކޮށް ނުހަދާށެވެ! (ދަންނައެވެ! މި حكم ތައް تَنْفِيْذُ ކުރެވޭނީ ހަމައެކަނި مُسْلِم ންނާއިމެދުގައެވެ. مُشْرك ންނާއި ބެހޭ އެބާވަތުގެ އެންމެހައި حكم އެއް މިހާރު ވަނީ مَنْسُوخ ކުރެވިފައެވެ. مشرك އަކު مكّة ގެ حرم ގެތެރެއަށް ވަނުމަކީ މަނާ ކަމެކެވެ.) އަދި ކަލޭމެން (حَجُّ ން ނުވަތަ عُمْرَة އިން إحْرَام ކަނޑައި) حلال ވެގަތުމަށްފަހު ދެން ކަލޭމެން އެއްގަމު ޝިކާރަކުރާށެވެ! އެބަހީ އެއީ ހުއްދަ ކަމެކެވެ. އަދި ކަލޭމެން مَسْجِدُ الْحَرَام އަށް ދިޔަނުދީ ހިފަހައްޓާ މަނާކުރިކަމުގެ ސަބަބުން ބަޔަކުމީހުންގެ މައްޗަށް އައިސްފައިވާ ރުޅިވެރިކަމާއި ދެކޮޅުވެރިކަން އެއީ عَدَاوة ތެރިވެގަތުމުގެ ސަބަބެއްކަމުގައި އަދި އެކަން ހުއްދަވުން حقّ ވާކަމެއްގައި ކަލޭމެން ނުހަދާށެވެ! (މިއާޔަތުން މި އިޝާރަތްވަނީ صُلْحُ الْحُدَيْبِيّة ގެ ދުވަހު مسلم ން ގެފުޅަށް ދިއުން މަނާކުރި مشرك ންނަށް އޭގެފަހުން مسلم ންނަށް ބާރުލިބުނީމާ އޭގެބަދަލުގައި އެމީހުންގެމައްޗަށް عداوة ތެރި ނުވުމަށްވާ އިޝާރާތެކެވެ. އެއީ ﷲ ގެ ފުރިހަމަ حكمة ފުޅުގެތެރެއިން ހިންގަވާ ކަންކަމެވެ.) އަދި ހެޔޮކަންކަމާއި تقوى ވެރިވެވޭ ކަންކަމުގައި ކަލޭމެން އެއްބަޔަކު އަނެއްބަޔަކާއި އެހީވެ ވާގިވެރިވާށެވެ! އަދި ފާފަވެރިވެވޭ ކަންކަމާއި ދެކޮޅުވެރިވެވޭ ކަންކަމުގައި ކަލޭމެން އެއްބަޔަކު އަނެއްބަޔަކާއި ވާގިވެރިވެ އެހީނުވާށެވެ! އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! ﷲ އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން ﷲ އީ عقوبة ގަދަފަދަވެގެންވާ ކަލާނގެއެވެ.
-
5:3
حُرِّمَتْ عَلَيْكُمُ ٱلْمَيْتَةُ وَٱلدَّمُ وَلَحْمُ ٱلْخِنزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ وَٱلْمُنْخَنِقَةُ وَٱلْمَوْقُوذَةُ وَٱلْمُتَرَدِّيَةُ وَٱلنَّطِيحَةُ وَمَآ أَكَلَ ٱلسَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى ٱلنُّصُبِ وَأَن تَسْتَقْسِمُوا۟ بِٱلْأَزْلَـٰمِ ۚ ذَٰلِكُمْ فِسْقٌ ۗ ٱلْيَوْمَ يَئِسَ ٱلَّذِينَ كَفَرُوا۟ مِن دِينِكُمْ فَلَا تَخْشَوْهُمْ وَٱخْشَوْنِ ۚ ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَـٰمَ دِينًا ۚ فَمَنِ ٱضْطُرَّ فِى مَخْمَصَةٍ غَيْرَ مُتَجَانِفٍ لِّإِثْمٍ ۙ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ
Ḥurrimat ʻalaykumul may-tatu waddamu wa-laḥmul khiñzeeri wa-maaa ʹuhilla lig̣ayril laahi bihee walmunkhaniq̣atu wal-mawq̣ooẓatu wal-mutarad-diyatu wan-naṭeeḥatu wa-maaa ʹakalas sabuʻu ʹillaa maa- ẓakkaytum; wa-maa ẓubiḥa ʻalan nuṣubi wa-ʹañ tastaq̣simoo bil-ʹazlaam: ẓaalikum fisq̣. ʹAlyawma yaʹisal laẓeena kafaroo miñ deenikum falaa takhshawhum wakhshawn. ʹAlyawma ʹakmaltu lakum Deenakum wa-ʹatmamtu ʹalaykum niʻmatee wa-raḍeetu lakumul ʹISLAAMA Deenaa. Famaniḍ ṭurra fee makhmaṣatin g̣ayra mutajaanifil liʹis̤miñ faʹinnal laaha G̣afoorur Raḥeem.
(އޭ مؤمن ންނޭވެ!) މުޅަތަކެއްޗާއި ލެޔާއި އޫރުމަހާއި އަދިމަސްކެއުން ޙަލާލު ޖަނަވާރުގެތެރެއިންވެސް އެ އެއްޗެއް ﷲ ނޫން ފަރާތަކަށް ކަތިލެވުނު ކޮންމެ އެއްޗަކާއި (އެބަހީ އޭގެމަހާއި) އަދި ނޭވައި ހިފެހެއްޓިގެން މަރުވި ކޮންމެ އެއްޗަކާއި (އެއީ ތާކު ބޯތާށިވެގެންނަމަވެސް ނުވަތަ ކަރުގައި އެއްޗެއް ބަނދެވި ދަންޖެހުންފަދަ ގޮތަކުން ނަމަވެސް) - އަދި އެއްޗަކުން ޖަހައި މަރައިލި ކޮންމެއެއްޗަކާއި އަދި މަތީތާކުން ވެއްޓިމަރުވާ ކޮންމެ އެއްޗަކާއި އަދި އެހެން ޖަނަވާރެއްގެ ދަޅުން ޖަހައިގެން މަރުވި ކޮންމެ އެއްޗަކާއި އަދި (ޝިކާރަކުރަން ދަސްކޮށްދީފައިވާ ޖަނަވާރެއް ފިޔަވައި) އެހެން މިނިކާ ޖަނަވާރެއް އެއްބައި ކައިފައިވާ ކޮންމެ އެއްޗަކާއި މިހުރިހާ ތަކެތި އެ އެއްޗެއް ފުރާނަހުއްޓާ ލިބި شرعى ހަމަތަކުގެ މަތީން ކަލޭމެން ކަތިލި އެއްޗެއްމެނުވީ ކަލޭމެންގެ މައްޗަށް އެތަކެތި ކެއުން حرام ކުރެވިއްޖެއެވެ. އެބަހީ ﷲ އެތަކެތި حرام ކުރައްވައިފިއެވެ. އަދި نُصُبُ ތަކުގެ މައްޗަށް ކަތިލެވުނު ކޮންމެ އެއްޗެއްވެސް حرام ވެވިގެންވެއެވެ. (نُصُب އަކީ جاهليّة ޒަމާނުގައި مكّة ގެ އެތަންމިތާނގައި ބަހައްޓާފައިވާ ހިލަގަނޑުގަނޑެވެ. އެއީ ވަކިމީހެއްގެ ނުވަތަ އެއްޗެއްގެ صورة ނުކުރެވި ހުންނަ ހިލަގަނޑުގަނޑެވެ. އޭގެމަތީގައި އެހެނިހެން ޖަނަވާރު ކަތިލެވި ލެއި އޮހޮރުވޭ ތަކެއްޗެވެ. އަދި ދަންނައެވެ! نُصُب އަކީ جاهليّة ޒަމާނުގައި مكّة ގެ އެތަންމިތާނގައި ބަހައްޓާފައިވާ ހިލަގަނޑުގަނޑެވެ. މިހާރުވެސް އެމާނައިގާބެހެއްޓިފައިވާތަކެއްޗަކީ ހަމަ نُصُب އެވެ. އަދި ކޮންމެތާކު ހުރިނަމަވެސްމެއެވެ.) އެކަން مشرك ން ކުރަނީ އެއަށް މާތްކޮށް ހިތާ އަޅުކަން ކުރުމުގެ ގޮތުންނެވެ. އަދި ކަލޭމެންގެ ނަސީބުހުރިގޮތެއް ބެލުމަށް ނުވަތަ ކުރަން އުޅޭކަމުގެ ހެޔޮނުބައި ބެލުމަށް ބުދުކައިރިއަށްގޮސް (އަދި ނުގޮސްނަމަވެސް) ދުނިތަކުން ފާލުބެލުމާއި މިކަންވެސް حرام ވެގެންވެއެވެ. މިބަޔާންވެދިޔަ އެންމެހައި ކަންތަކަކީ ފާސިދު ކަންކަމެވެ. އެބަހީ އެއިން ކަމެއްކޮށް އެއިން އެއްޗެއް އެންގެވިފަދައިން ނޫނީ ބޭނުންކޮށްހެދުމީ ފާސިދުކަމެކެވެ. ﷲ ގެ ކިޔަމަނުން ނުކުތުމެކެވެ. އުރެދުމެކެވެ. އަދި މިއަދު (އެބަހީ حَجَّةُ الوَدَاعُ ގައި عَرَفَة ދުވަހު) ކަލޭމެންގެ ދީނާއިމެދު ކާފަރުން މުޅިން ނާ أمّيد ވެ މާޔޫސްވެއްޖެއެވެ. (އެބަހީ ކަލޭމެން އިސްލާމްދީން ދޫކޮށް އަލުން غَيردين އަށް ވަނުމާމެދު އެމީހުން ނާ أمّيد ވެއްޖެއެވެ. ބުނެވެނީ އެދުވަހު عرفة ގެ ބިމުގައި އެއްވެސް ކާފަރަކު އަދި مشرك އަކު ނުވާކަމުގައެވެ.) ފަހެ ކަލޭމެން އެމީހުންދެކެ ބިރުނުގަންނާށެވެ! އަދި ތިމަންރަސްކަލާނގެއަށް އެކަނި ބިރުވެތިވާށެވެ! އަދި މިއަދު ތިމަންރަސްކަލާނގެ ކަލޭމެންނަށް ކަލޭމެންގެ دين ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ކަލޭމެންގެމައްޗަށް ތިމަންރަސްކަލާނގެ نعمة ފުރިހަމަކޮށް ބަރާބަރުކޮށްދެއްވައިފީމެވެ. (އެއީ ކަލޭމެންގެ ރަށުން مشرك ން ނެތިދިއުމާއި އެމީހުން ކަލޭމެންގެމައްޗަށް އަރައިގަތުންނެތުމާއި ކަލޭމެންގެ دين އާއިމެދު އެމީހުން ނާ أمّيد ވުމެވެ.) އަދި إسلام دين އެއީ ކަލޭމެންގެ دين ކަމުގައި (އެބަހީ محمّد ﷺ އަށް ބާވައިލެއްވި إسلام دين އެއީ ކަލޭމެންގެ دين ކަމުގައި) ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ. އެއިން މުރާދުކުރެވެނީ ﷲ އަށް ކިޔަމަންތެރިވުން އެއީ إسلام ންގެ دينކަމުގައެވެ. ދެންފަހެ އިސްވެދިޔަ حرام ތަކެތީގެ ތެރެއިންވެސް މީހަކު ބަނޑުހައިހޫނުކަން ގަދަވެ ކާނެ ބޯނެ އެއްޗެއްނެތި ގޮތްހުސްވެ އެއިން އެއްޗަކުން ބޭނުންކުރުން مَجْبُور ވެއްޖެމީހާ ޢަދާވާތްތެރިކަމެއްނެތި ފާފަވެރިވުމުގެ ފަރާތަށް ލެނބުމެއްނެތި (އެބަހީ ހަމަކެއުމުގެ قصد އެއްނެތި) އެއިން އެތިކޮޅެއް (ފުދިލާވަރަށް) ބޭނުންކުރުމަކުން (އޭނާގެމައްޗަކަށް ކުށެއްނެތެވެ.) ފަހެ ހަމަކަށަވަރުން ﷲ تعالى އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
5:4
يَسْـَٔلُونَكَ مَاذَآ أُحِلَّ لَهُمْ ۖ قُلْ أُحِلَّ لَكُمُ ٱلطَّيِّبَـٰتُ ۙ وَمَا عَلَّمْتُم مِّنَ ٱلْجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمُ ٱللَّهُ ۖ فَكُلُوا۟ مِمَّآ أَمْسَكْنَ عَلَيْكُمْ وَٱذْكُرُوا۟ ٱسْمَ ٱللَّهِ عَلَيْهِ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ
Yas-ʹaloonaka maaẓaaa ʹuḥilla lahum. Q̣ul ʹuḥilla lakumuṭ ṭayyibaatu wa-maa ʻallamtum minal jawaariḥi mukal-libeena tuʻallimoonahunna mimmaa ʻallamakumul laah: fakuloo mimmaaa ʹamsakna ʻalaykum waẓkurus mal laahi ʻalayh: wattaq̣ul laah; ʹinnal laaha Sareeʻul Ḥisaab.
(އޭ رسول ﷲ އެވެ!) އެމީހުން يعني مؤمن ންގެމީހުން އެމީހުން ކައިއުޅޭ މަހުގެތެރެއިން އެބަހީ އެއްގަމު މަހުގެތެރެއިން އެމީހުންނަށް حلال ވެގެންވަނީ ކޮންއެއްޗެއްތޯ އެމީހުން ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނަށް حلال ވެގެންވަނީ ރަނގަޅު حلال ތަކެއްޗެވެ. شريعة ހުއްދަކުރާ ތަކެއްޗެވެ. އަދި ޝިކާރަކުރުމަށް ކަލޭމެން އެތަކެއްޗަށް ދަސްކޮށްދީފައިވާ ޝިކާރަކުރާ ޖަނަވާރު ކަލޭމެންނަށް ޝިކާރަކޮށްދީގެން ގެނައި މަސްކެއުން حلال ކޮންމެއެއްޗެކެވެ. އެއީ ﷲ ކަލޭމެންނަށް އުގަންނައިދެއްވި ތަކެތީގެތެރެއިން އެތަކެއްޗަށް ކަލޭމެން އުގަންނައިދީ ތަމްރީނުކޮށްދީފައިވާ ކުއްތާޔާ ދެންވެސް އެބާވަތުގެ ޖަނަވާރާ އަދި ދޫންޏެވެ. ފަހެ އެސޮރުމެން ކަލޭމެންނަށްޓަކައި ޝިކާރަކޮށްދީފައިވާ ޝިކާރައެއްވިއްޔާ ކަލޭމެން އެއިން ކާށެވެ. އަދި އެއަށް ﷲ ގެ ނަންފުޅު ކިޔާށެވެ. (އެބަހީ ޝިކާރަކުރާ އެތި ޝިކާރަގެންނައިރު ފުރާނަހުރިކަމުގައިވަންޏާ قواعد ން بسم ކިޔައި شريعة ގައި ކަނޑައެޅިފައިވާފަދައަކުން ކަތިލާށެވެ!) އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! (އެކަލާނގެ حكم ތަކާއިމެދު ފަރުވާތެރިވާށެވެ! އެއިން حكم އަކަށް ފަރުވާކުޑަކުރެވިދާނެކަމަށް ބިރުވެތިވާށެވެ! ހަމަކަށަވަރުން ﷲ އީ ހިސާބުބެއްލެވުން އަވަސްވެވޮޑިގެންވާ ކަލާނގެއެވެ.)
-
5:5
ٱلْيَوْمَ أُحِلَّ لَكُمُ ٱلطَّيِّبَـٰتُ ۖ وَطَعَامُ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ حِلٌّ لَّكُمْ وَطَعَامُكُمْ حِلٌّ لَّهُمْ ۖ وَٱلْمُحْصَنَـٰتُ مِنَ ٱلْمُؤْمِنَـٰتِ وَٱلْمُحْصَنَـٰتُ مِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلِكُمْ إِذَآ ءَاتَيْتُمُوهُنَّ أُجُورَهُنَّ مُحْصِنِينَ غَيْرَ مُسَـٰفِحِينَ وَلَا مُتَّخِذِىٓ أَخْدَانٍ ۗ وَمَن يَكْفُرْ بِٱلْإِيمَـٰنِ فَقَدْ حَبِطَ عَمَلُهُۥ وَهُوَ فِى ٱلْـَٔاخِرَةِ مِنَ ٱلْخَـٰسِرِينَ
ʹAlyawma ʹuḥhilla lakumuṭ ṭayyibaat. Wa-ṭaʻaamul laẓeena ʹootul Kitaaba ḥillul lakum, wa-ṭaʻaamukum ḥillul lahum. Wal-muḥṣanaatu minal muʹminaati wal-muḥṣanaatu minal laẓeena ʹootul Kitaaba miñ q̣ablikum ʹiẓaaa ʹaataytumoohunna ʹujoorahunna muḥṣineena g̣ayra musaafiḥeena wa-laa muttakhiẓeee ʹakhdaan. Wa-mañy yakfur bil-ʹeemaani faq̣ad ḥabiṭa ʻamaluhoo wa-huwa fil ʹAakhirati minal khaasireen.
މިއަދު ކަލޭމެންނަށް ރަނގަޅު حلال ތަކެތި حلال ކުރެވިއްޖެއެވެ. އަދި ފޮތްދެއްވުނުމީހުންގެ އެބަހީ يهودي ންނާއި نصارى އިންގެ ކާނާވެސް އެބަހީ އެމީހުން ކަތިލާ (މަސްކެއުން حلال ޖަނަވާރުގެ) މަސްވެސް ކަލޭމެންނަށް حلال އެވެ. އަދި ކަލޭމެންގެ ކާނާ އެބަހީ ކަލޭމެން ކަތިލާ ތަކެތީގެ މަސް އެމީހުންނަށް ހުއްދައެވެ. އަދި مؤمن އަންހެނުންކުރެ މިނިވަން عفّة ތެރި އަންހެނުން ކަލޭމެންނަށް حلال ވެގެންވެއެވެ. (ކަލޭމެން އިންނަން ހުއްދައެވެ.) އަދި ކަލޭމެންގެ ކުރިން ފޮތްދެއްވުނު މީހުންގެތެރެއިން އެބަހީ يهودي ންނާއި نصارى އިންގެ ތެރެއިންވެސް މިނިވަން عفّة ތެރި އަންހެނުން ކަލޭމެނަށް حلال އެވެ. އެބަހީ ކާވެނިކުރުން ހުއްދައެވެ. އެއީ އެކަނބަލުންނަށް އެކަނބަލުންގެ أجُور ދީފިއްޔާއެވެ. ކާވެނި ރަން އަދާކޮށްފިއްޔާއެވެ. އަދި ކަލޭމެން ފިރިހެނުންވެސް عفّة ތެރިވެގެންވާ حال ގައެވެ. އަދި ޒިނޭ ނުކުރާ އަދި ޒިނޭކޮށް ވިޔާނުދާ ކަންތައްކުރާ އަންހެންކުދިންވެސް ނުގެންގުޅޭ މީހުންކަމުގައެވެ. އަދި އީމާންކަން ފިޔަވައި ކާފަރުވާ މީހާ ދަންނައެވެ! ފަހެ އޭނާގެ ހެޔޮ عمل باطل ވެއްޖެއެވެ. އަދި آخرة ދުވަހުން އޭނާ ވާނީ ގެއްލި ހަލާކުވެގެންވާ މީހަކުކަމުގައެވެ. ގެއްލި ހަލާކުވާ މީހުންގެތެރެއިންނެވެ. * ދަންނައެވެ. އިސްވެދިޔަ އާޔަތުގައްޔާއި އަދި ކުރީގެ ދެއާޔަތުގައިވެސް مفسّر ންގެ މެދުގައި ދެބަސްވުން ހުރިކަމުގެ ވާހަކަ ދަންނަވަމެވެ. އަދި އެ حكم ތަކުގެ تفصيل ތައްވެއެވެ. މިލިއުމަކީ އެއަށްވުރެ ކުރު ލިއުމެކެވެ.
-
5:6
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قُمْتُمْ إِلَى ٱلصَّلَوٰةِ فَٱغْسِلُوا۟ وُجُوهَكُمْ وَأَيْدِيَكُمْ إِلَى ٱلْمَرَافِقِ وَٱمْسَحُوا۟ بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى ٱلْكَعْبَيْنِ ۚ وَإِن كُنتُمْ جُنُبًا فَٱطَّهَّرُوا۟ ۚ وَإِن كُنتُم مَّرْضَىٰٓ أَوْ عَلَىٰ سَفَرٍ أَوْ جَآءَ أَحَدٌ مِّنكُم مِّنَ ٱلْغَآئِطِ أَوْ لَـٰمَسْتُمُ ٱلنِّسَآءَ فَلَمْ تَجِدُوا۟ مَآءً فَتَيَمَّمُوا۟ صَعِيدًا طَيِّبًا فَٱمْسَحُوا۟ بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ ۚ مَا يُرِيدُ ٱللَّهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَـٰكِن يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُۥ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ
Yaaaʹayyuhal laẓeena ʹaamanooo ʹiẓaa q̣umtum ʹilaṣ Ṣalaati fag̣siloo wujoohakum wa-ʹaydiyakum ʹilal maraafiq̣i wam-saḥoo biruʹoosikum wa-ʹarjulakum ʹilal kaʻbayn. Wa-ʹiñ kuñtum junubañ faṭṭahharoo. Wa-ʹiñ kuñtum marḍaaa ʹaw ʻalaa safarin ʹaw jaaaʹa ʹaḥadum miñkum minal g̣aaaʹiṭi ʹaw laamastumun Nisaaaʹa falam tajidoo maaaʹañ fatayammamoo ṣaʻeedañ tayyibañ famsaḥoo biwujoohikum waʹaydeekum minh. Maa- yureedul laahu liyajʻala ʻalaykum min ḥarajiñw walaakiñy yureedu liyuṭahhirakum wa-liyutimma niʻmatahoo ʻa laʻallakum tashkuroon.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ނަމާދަށް ތެދުވަންޏާ (އެބަހީ ނަމާދުކުރަން قصد ކޮށް ނަމާދުކުރަން ފެށުމުގެކުރިން) ފަހެ ކަލޭމެންގެ މޫނުތައް ދޮންނާށެވެ! އަދި އުޅަބޮށިކައްޓާއެކު ކަލޭމެންގެ އަތްތައްވެސް ދޮންނާށެވެ! އަދި ކަލޭމެންގެ ބޯތަކުގައި ފެން ފުހޭށެވެ! އަދި ދެތަނބިކައްޓާއެކު ދެފައި ދޮންނާށެވެ! އަދި حُنُبُ ވެރިންކަމުގައި ކަލޭމެންވެއްޖެއްޔާ ފަހެ ކަލޭމެން (ރަނގަޅަށް ހިނައި) طاهر ވެގަންނާށެވެ! އަދި ކަލޭމެން ބަލިމީހުންކަމުގައިވަންޏާ ނުވަތަ ދަތުރެއްގެމަތީގައިވަންޏާ ނުވަތަ ކަލޭމެންކުރެ މީހަކު ފާޚާނާކޮށްފިއްޔާ ނުވަތަ ކަލޭމެން އަންހެނުންގައި ބީހިއްޖެއްޔާ (އެބަހީ جِمَاعُ ވެއްޖެއްޔާ) (ދެން މިކަންކަމަށްފަހު) ފެން ނުލިބިއްޖެއްޔާ ނުވަތަ ފެނުން إستعمال ކުރެވޭގޮތް ނުވެއްޖެއްޔާ ދެން طاهر ރަނގަޅު ވެލިން تَيَمَّمُ ކުރާށެވެ! ފަހެ ކަލޭމެންގެ މޫނުތަކާއި އަތްތަކުގައި އެވެލިން ފުހޭށެވެ! ﷲ تعالى ކަލޭމެނަށް އެއްވެސް އުނދަގުލެއް ދައްޗެއް ޖެއްސެވުމަށް އެދިވޮޑި ނުގަންނަވައެވެ. އަދި އެހެނެއްކަމަކު އެކަލާނގެ އެދިވޮޑިގަންނަވަނީ ކަލޭމެން طاهر ކުރައްވައި އަދި އެކަލާނގެ نعمة ކަލޭމެންގެ މައްޗަށް ފުރިހަމަކުރެއްވުމަށެވެ. އެއީ ކަލޭމެން (އެކަލާނގެއަށް) شكر ކުރުމަށްޓަކައެވެ. މިއާޔަތުގައި بيان ވެގެންމިވަނީ وضوء ކުރުމާއި ތަޔައްމަމު ކުރުމުގެ إجمالى ގޮތެވެ. އޭގެ تفصيل سنّة ގައި بيان ވެއެވެ.
-
5:7
وَٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ وَمِيثَـٰقَهُ ٱلَّذِى وَاثَقَكُم بِهِۦٓ إِذْ قُلْتُمْ سَمِعْنَا وَأَطَعْنَا ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ عَلِيمٌۢ بِذَاتِ ٱلصُّدُورِ
Waẓkuroo niʻmatal laahi ʻalaykum wa-Mees̤aaq̣ahul laẓee waas̤aq̣akum̃ biheee ʹiẓ q̣ultum samiʻnaa wa-ʹaṭaʻ wattaq̣ul laah: ʹinnal laaha ʻAleemum biẓaaṭiṣ ṣudoor.
(އޭ مؤمن ންނޭވެ!) ކަލޭމެންގެމައްޗަށް ﷲ ލެއްވި نعمة ކަލޭމެން ހަނދާންކުރާށެވެ! (އެއީ إسلام دين ގެ هداية ގެ نعمة އެވެ.....) އަދި އެކަލާނގެ ކަލޭމެންގެ ކިބައިން އެހިއްޕެވި عهد ކަށަވަރުވެސް ހަނދާންކުރާށެވެ! އެއީ އަހުރެމެން އަހައިފީމެވެ. އަދި އަހުރެމެން ކިޔަމަންތެރިވެއްޖައީމެވެ. މިހެންބުނި ހިނދުންނެވެ. (އެއީ رسول ﷲ ﷺ ގެ أصحاب ބޭކަލުން އެކަލޭގެފާނަށް بيعة ހިއްޕެވި ހިނދުގައެވެ. ﷲ އާއި އެކަލާނގެ رسول އާ ކުރައްވާ ކޮންމެ أمر ފުޅަކަށް ފަސޭހަޔާ އުނދަގުލުގައިވެސް އަހައި ކިޔަމަންތެރިވުމަށް އެބޭކަލުން ގަންނަވައި عهد ކުރެއްވިހިނދުގައެވެ.)\nއަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! ހަމަކަށަވަރުން ހިތްތަކުގެ އަޑީގައި ފޮރުވި ވަންހަނާވެގެންވާ ތަކެތިވެސް ﷲ ދެނެވޮޑިގެންވެއެވެ.
-
5:8
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوا۟ قَوَّٰمِينَ لِلَّهِ شُهَدَآءَ بِٱلْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَـَٔانُ قَوْمٍ عَلَىٰٓ أَلَّا تَعْدِلُوا۟ ۚ ٱعْدِلُوا۟ هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ
Yaaaʹayyuhal laẓeena ʹaamanoo koonoo q̣awwaameena lillaahi shuhadaaaʹa bilq̣isṭi wa-laa yajrimannakum shanaʹaanu q̣awmin ʻalaaa ʹallaa taʻdiloo. ʹIʻdiloo: huwa ʹaq̣rabu littaq̣waa: wattaq̣ul laah. ʹInnal laaha khabeerum bimaa taʻmaloon.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އަށްޓަކައި (عدل ވެރިކަން) قائم ކުރާބަޔަކުކަމުގައި ކަލޭމެން ވާށެވެ! عدل ވެރިކަމަށް ހެކިދޭބަޔަކުކަމުގައިވާށެވެ! އަދި ބަޔަކުމީހުންނަށް އައިސްފައިވާ ރުޅިވެރިކަން އެއީ عَدْلُ ވެރިނުވުމުގެ މައްޗަށްވާ حقّ ކަމެއްކަމުގައި ކަލޭމެން ނުހަދާށެވެ! އެކަމުގެ ސަބަބެއްކަމުގައި ކަލޭމެން ހަދައިނުގަންނާށެވެ! އަދި ކަލޭމެން عدل ވެރިވާށެވެ!އެކަން ތަޤްވާވެރިވުމާއިގާތެވެ. އަދިކަލޭމެން ހަމަކަށަވަރުން ކަލޭމެން ކުރާކަންތައްތަކުގެ خبر ﷲ ދެނެވޮޑިގެންވެއެވެ. އެކަމުގެ خبر އެކަލާނގެ ދެއްވާނެއެވެ.
-
5:9
وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ ۙ لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ
Wa-ʻadal laahul laẓeena ʹaamanoo wa-ʻamiluṣ Ṣaaliḥaati lahum mag̣firatuñw waʹajrun ʻaz̤̣eem.
އަދި އީމާންވެގެން صالح عمل ކުރިމީހުންނަށް ފާފަފުއްސެވުމާއި އަދި ބޮޑުވެގެންވާ ދަރުމަހުރިކަމަށް (ފާފަފުއްސެވުމާއި ދަރުމަދެއްވާނެކަމަށް) ﷲ وعد ކުރެއްވިއެވެ.
-
5:10
وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَحِيمِ
Wallaẓeena kafaroo wa-kaẓẓaboo biʹAayaatinaaa ʹulaaaʹika ʹAṣḥaabul Jaḥeem.
އަދި އެބަޔަކު ކާފަރުވެ އަދި އެމީހުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުން (ދަންނާށެވެ!) އެމީހުން އެއީ ނަރަކައިގެ އެކުވެރިންނެވެ.
-
5:11
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ إِذْ هَمَّ قَوْمٌ أَن يَبْسُطُوٓا۟ إِلَيْكُمْ أَيْدِيَهُمْ فَكَفَّ أَيْدِيَهُمْ عَنكُمْ ۖ وَٱتَّقُوا۟ ٱللَّهَ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ
Yaaa-ʹayyuhal laẓeena ʹaamanuẓ kuroo niʻmatal laahi ʻalaykum ʹiẓ hamma q̣awmun ʹañy yabsuṭooo ʹilaykum ʹaydiyahum fakaffa ʹaydiyahum ʻañkum: wattaq̣ul laah. Wa-ʻalal laahi fal-yatawakkalil Muʹminoon.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންނަށް ﷲ ދެއްވި نعمة ކަލޭމެން ހަނދާންކުރާށެވެ! އެއީ ބަޔަކުމީހުން އެމީހުންގެ އަތްތައް ކަލޭމެނާ ދިމާއަށް ފެތުރުމަށް قَصْدُ ކުރިހިނދުންނެވެ. ފަހެ ﷲ تعالى އެމީހުންގެ އަތްތައް ކަލޭމެންގެ ކިބައިން ހުއްޓުވާ މަނާކުރެއްވިއެވެ. އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! ފަހެ مؤمن ން ﷲ އަށް وكيل ކުރާހުށިކަމެވެ. ދަންނައެވެ! މިއާޔަތުން މި إشارة ކުރައްވަނީ مدينة ގައިތިބި يهودي ންގެ بَنُوالنَّضِيْر ގެ މީހުން رسول ﷲ ﷺ އަވަހާރަކޮށްލަން ރޭވި ރޭވުމަކުން ﷲ تعالى އެކަލޭގެފާނު ސަލާމަތްކުރެއްވި ވާހަކައަށެވެ. އެކަލޭގެފާނާ އެމީހުންނާއި ދެމެދު ކުރެވިފައިވާ އެގްރިމެންޓާ އެމީހުން خلاف ވެ خيانة ތެރިވުމުގެ ސަބަބުން އެމީހުން مدينة އިން ނެރެ އެހެންތަންތަނަށް އަރުވައިލައްވައި އެމީހުންގެމުދާ އެކަލޭގެފާނަށާއި مؤمن ންނަށް فَيْىءُ މުދަލުގެގޮތުގައި ﷲ ދެއްވީއެވެ. އެވާހަކަ حَشْرُ ސޫރަތުގައި ފުރިހަމައަށް بيان ވެގެންވެއެވެ. އަދި އެހެން ސަބަބުވެސް މިއާޔަތާމެދުވެއެވެ. والله أعلم.
-
5:12
۞ وَلَقَدْ أَخَذَ ٱللَّهُ مِيثَـٰقَ بَنِىٓ إِسْرَٰٓءِيلَ وَبَعَثْنَا مِنْهُمُ ٱثْنَىْ عَشَرَ نَقِيبًا ۖ وَقَالَ ٱللَّهُ إِنِّى مَعَكُمْ ۖ لَئِنْ أَقَمْتُمُ ٱلصَّلَوٰةَ وَءَاتَيْتُمُ ٱلزَّكَوٰةَ وَءَامَنتُم بِرُسُلِى وَعَزَّرْتُمُوهُمْ وَأَقْرَضْتُمُ ٱللَّهَ قَرْضًا حَسَنًا لَّأُكَفِّرَنَّ عَنكُمْ سَيِّـَٔاتِكُمْ وَلَأُدْخِلَنَّكُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۚ فَمَن كَفَرَ بَعْدَ ذَٰلِكَ مِنكُمْ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ
Wa-laq̣ad ʹakhaẓal laahu Mees̤aaq̣a Baneee ʹIsraaaʹeela wa-baʻas̤naa minhumus̤ na ʻashara Naq̣eebaa. Wa-q̣aalal laahu ʹinnee maʻakum: laʹin ʹaq̣amtumuṣ Ṣalaata wa-ʹaataytumuz Zakaata wa-ʹaamañtum̃ birusulee wa-ʻazzartumoohum wa-ʹaq̣raḍtumul laaha Q̣arḍan Ḥasanal laʹukaffiranna ʻañkum sayyiʹaatikum wa-laʹudkhilan-nakum Jannaatiñ tajree miñ taḥ-tihal ʹanhaar; famañ kafara baʻda ẓaalika miñkum faq̣ad ḍalla sawaaa ʹassabeel.
އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ بَنِي إِسْرائيل ން ގެފަރާތުން عهد ކަށަވަރު ހިއްޕެވީމެވެ. (އެމީހުންގެ ކިބައިން އެކަލާނގެ ހިތްޕެވި عهد ކަށަވަރަކީ އެމީހުން އެކަލާނގެއަށް إخلاص ތެރިވުމަށާއި އަދި އެކަލާނގެ ނޫން ފަރާތަކަށް އަޅުކަން ނުކުރުމަށެވެ.) އަދި އެމީހުންގެތެރެއިން ބާރަ ސަރުދާރުން / ބާރަވެރިން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އަދި އެކަލާނގެ (موسى عليه السّلام) ގެ ދޫފުޅުން އެމީހުންނަށް އެންގެވިއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެންނާ އެކު ވޮޑިގެންވަމެވެ. އެއީ ކަލޭމެން ނަމާދު قائم ކޮށް އަދި ޒަކާތްދީ އަދި ކަލޭމެން ތިމަންރަސްކަލާނގެ رسول ންނަށް އީމާންވެ (އެމީހުން ތެދުކޮށް) އަދި ކަލޭމެން އެ رسول ންނަށް (عملى ގޮތުން) نصر ދީ އަދި ކަލޭމެން ރަނގަޅުގޮތުގައި ﷲ އަށް ދަރަނިދީ (އެބަހީ ﷲ ގެ މަގުގައި ރަނގަޅު ހޭދަކޮށް) ހަދައި (މިބަޔާންވެދިޔަ އެންމެހައި ކަންތައްތައް ކަލޭމެންކުރާ) ކަމުގައިވަންޏާ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެންގެ ކިބައިން ކަލޭމެންގެ ނުބައި ކަންތައްތައް ފުއްސަވާ ފިލުއްވާހުށީމެވެ. އަދި އެތަންތާނގެ ދަށުން އާރުތައް ހިނގަހިނގާއޮންނަ ބަގީޗާތަކަކަށް (ސުވަރުގެތަކަށް) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެން ވައްދަވާހުށީމެވެ. ފަހެ ކަލޭމެންކުރެ އެއަށްފަހު (އެބަހީ عهد ކަށަވަރަށްފަހު) ކާފަރުވެއްޖެމީހާ (ދަންނައެވެ!) ފަހެ ހަމަކަށަވަރުން އެމީހާ ސީދާމަގުން ކަހައިލާ މަގުފުރެދިއްޖެއެވެ.
-
5:13
فَبِمَا نَقْضِهِم مِّيثَـٰقَهُمْ لَعَنَّـٰهُمْ وَجَعَلْنَا قُلُوبَهُمْ قَـٰسِيَةً ۖ يُحَرِّفُونَ ٱلْكَلِمَ عَن مَّوَاضِعِهِۦ ۙ وَنَسُوا۟ حَظًّا مِّمَّا ذُكِّرُوا۟ بِهِۦ ۚ وَلَا تَزَالُ تَطَّلِعُ عَلَىٰ خَآئِنَةٍ مِّنْهُمْ إِلَّا قَلِيلًا مِّنْهُمْ ۖ فَٱعْفُ عَنْهُمْ وَٱصْفَحْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُحْسِنِينَ
Fabimaa naq̣-ḍihim Mees̤aaq̣ahum laʻannaahum wa-jaʻalnaa q̣uloobahum q̣aasiyah. Yuḥarrifoonal kalima ʻamma waaḍiʻihee wa-nasoo ḥaz̤̣z̤̣am mimmaa ẓukkiroo bih. Wa-laa tazaalu taṭṭaliʻu ʻalaa khaaaʹinatim minhum ʹillaa q̣aleelam minhum faʻfu ʻanhum waṣfaḥ; ʹinnal laaha yuḥibbul Muḥsineen.
ފަހެ އެމީހުން އެމީހުންގެ عهد އުވައިލުމުގެސަބަބުން ތިމަންރަސްކަލާނގެ އެމީހުންނަށް لعنة ލެއްވީމެވެ. އަދި އެމީހުންގެ ހިތްތައް ހަރުކަށި އެއްޗެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. (އެއްވެސްގޮތަކުން ﷲ ގެ އުރެދުމަށް އަރައިގަތުމަށް ކުޑަވެސް ބިރެއް ނުގަންނަފަދައިން ލެއްވީމެވެ.) އެމީހުންނަށް ބާވައިލެއްވިފޮތުގެ كلمة ތައްވެސް އޭގެތަނުން ބަދަލުކޮށް (وحي ގެ ކީރިތި ބަސްފުޅާ ކުޅޭބަޔަކުކަމުގައި އެމީހުން) ވިއެވެ. އަދި އެމީހުންނަށް ذِكر ކުރެވުނު އެބަހީ ހަނދާންކޮށްދެވުނު އެތައްކަމެއް (އެމީހުންގެ دين ގެ أصل ކަމުގައިވާ އެތައްކަމެއް) އެމީހުން ހަނދާންނައްތާލައިފިއެވެ. (އަދި އޭ رسول ﷲ އެވެ!) އެމީހުންގެތެރެއިން މަދުބަޔަކުގެ ކިބައިން މެނުވީ خيانة ތެރިކަން ކަލޭގެފާނަށް ފެނިވަޑައިގަތުމުން ފިލާނުދާނެއެވެ. ފަހެ ކަލޭގެފާނު އެމީހުންނަށް عفو ކުރައްވާ معاف ކުރައްވާށެވެ! ހަމަކަށަވަރުން إحسان ތެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.
-
5:14
وَمِنَ ٱلَّذِينَ قَالُوٓا۟ إِنَّا نَصَـٰرَىٰٓ أَخَذْنَا مِيثَـٰقَهُمْ فَنَسُوا۟ حَظًّا مِّمَّا ذُكِّرُوا۟ بِهِۦ فَأَغْرَيْنَا بَيْنَهُمُ ٱلْعَدَاوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۚ وَسَوْفَ يُنَبِّئُهُمُ ٱللَّهُ بِمَا كَانُوا۟ يَصْنَعُونَ
Wa-minal laẓeena q̣aalooo ʹinnaa Naṣaaraaa ʹakhaẓnaa Mee-s̤aaq̣ahum fanasoo ḥaz̤̣z̤̣am mimmaa ẓukkiroo bih: faʹag̣raynaa baynahumul ʻadaawata wal-bag̣ḍaaaʹa ilaa Yawmil Q̣iyaamah. Wa-sawfa yunabbiʹuhumul laahu bimaa kaanoo yaṣnaʻoon.
އަދި ތިމަންނާމެންނީ نصارى އިންނޭ ބުނިމީހުންގެ ކިބައިންވެސް ތިމަންރަސްކަލާނގެ އެމީހުންގެ مِيْثَاقُ ހިއްޕެވީމެވެ. އަދި އެކަންކަމުން އެމީހުންނަށް ހަނދާންކޮށްދެވުނު ކަންކަމުގެތެރެއިން އެތައްކަމެއް (އެބަހީ ދީނުގެ ފަރާތުން ކުރަން އެންގުނު އެތައްކަމެއް) އެމީހުން ހަނދާންނައްތާލައިފިއެވެ. ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެ މެދުގައި (އެބަހީ يهودي ންނާއި نصارى އިންގެމެދުގައި / ނުވަތަ ހުސް نصارى އިންގެ فِرْقَة ތަކުގެ މެދުގައި / ނުވަތަ مؤمن ންނާއި ކާފަރުންނާއިމެދުގައި) عداوة ތެރިކަމާއި ރުޅިވެރިކަން قيامة ދުވަހަށްދާންދެން ތަތްކުރެއްވީމެވެ. (އެއީ ދެ އެއްޗެއް އެއްކުރަން ތެރަސްލާގޮތަށެވެ.) އަދި އެމީހުން ކުރަމުންދާކަމުގައިވީ ކަންތަކުގެ خبر ނިކަންހުރެ ﷲ تعالى އެމީހުންނަށް ދެއްވާނެއެވެ.
-
5:15
يَـٰٓأَهْلَ ٱلْكِتَـٰبِ قَدْ جَآءَكُمْ رَسُولُنَا يُبَيِّنُ لَكُمْ كَثِيرًا مِّمَّا كُنتُمْ تُخْفُونَ مِنَ ٱلْكِتَـٰبِ وَيَعْفُوا۟ عَن كَثِيرٍ ۚ قَدْ جَآءَكُم مِّنَ ٱللَّهِ نُورٌ وَكِتَـٰبٌ مُّبِينٌ
YaaaʹAhlal kitaabi q̣ad jaaaʹakum Rasoolunaa yubayyinu lakum kas̤eeram mimmaa kuñtum tukhfoona minal Kitaabi wa-yaʻfoo ʻañ kas̤eer. Q̣ad jaaaʹakum minal laahi Nooruñw Wa-Kitaabum Mubeen,
އޭ أهل كتاب ންނޭވެ! (އޭ يهودي ންނާއި نصارى އިންނޭވެ!) ހަމަކަށަވަރުން ކަލޭމެން ފޮތުން ވަންހަނާކުރާކަމުގައިވީ ގިނަކަންތައްތައް ކަލޭމެންނަށް بيان ކޮށް ހާމަކޮށްދެއްވުމަށް ތިމަންރަސްކަލާނގެ رسول އާ ކަލޭމެންގެގާތަށް ވަޑައިގެންފިއެވެ. (އެއީ محمّد ﷺ އެވެ.) އަދި އެކަލޭގެފާނު އެތައްކަމެއް عفو ކޮށްދެއްވައެވެ. ހަމަކަށަވަރުން ﷲ ގެ حضرة ން نور އަކާއި އަދި بيان ވެގެންވާ ފޮތެއް ކަލޭމެންގެގާތަށް އަތުވެއްޖެއެވެ. (އެ نور އަކީ محمّد ﷺ އެވެ. އެފޮތަކީ ކީރިތި قرآن އެވެ.)
-
5:16
يَهْدِى بِهِ ٱللَّهُ مَنِ ٱتَّبَعَ رِضْوَٰنَهُۥ سُبُلَ ٱلسَّلَـٰمِ وَيُخْرِجُهُم مِّنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ بِإِذْنِهِۦ وَيَهْدِيهِمْ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
Yahdee bihil laahu manit tabaʻa Riḍwaanahoo subulas salaami Wa-yukhrijuhum minaz̤̣ z̤̣ulumaati ʹilan noori biʹiẓnihee wa-yahdeehim ʹilaa Ṣiraaṭim Mustaq̣eem.
ﷲ تعالى އެފޮތުން އެކަލާނގެ ރުހިވޮޑިގަތުމާއި تبع ވީމީހަކަށް السّلام ގެމަގުތައް ދައްކަވައެވެ. އެބަހީ ﷲގެ މަގުތައް ދައްކަވައެވެ. އަދި އެކަލާނގެ އިޒުނަފުޅަށް (ކާފަރުކަމާއި ޖާހިލިކަމުގެ އަނދިރިން ނެރުއްވައި (އީމާންކަމާއި علم ގެ) އަލިކަމުގެތެރެއަށް އެކަލާނގެ އެމީހުން ވައްދަވައެވެ. އަދި އެކަލާނގެ އެމީހުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވައެވެ.
-
5:17
لَّقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ هُوَ ٱلْمَسِيحُ ٱبْنُ مَرْيَمَ ۚ قُلْ فَمَن يَمْلِكُ مِنَ ٱللَّهِ شَيْـًٔا إِنْ أَرَادَ أَن يُهْلِكَ ٱلْمَسِيحَ ٱبْنَ مَرْيَمَ وَأُمَّهُۥ وَمَن فِى ٱلْأَرْضِ جَمِيعًا ۗ وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ۚ يَخْلُقُ مَا يَشَآءُ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Laq̣ad kafaral laẓeena q̣aalooo ʹinnal laaha Huwal Maseeḥub nu Maryam. Q̣ul famañy yamliku minal laahi sahyʹan ʹin ʹaraada ʹañy yuhlikal Maseeḥab na Maryama wa-ʹummahoo wa-mañ fil ʹarḍi jameeʻaa? Wa-lillaahi mulkus samaawaati wal-ʹarḍi wa-maa baynahumaa. Yakhluq̣u maa- yashaaaʹ. Wallaahu ʻalaa kulli shayʹiñ Q̣adeer.
ހަމަކަށަވަރުން مَرْيَم ގެފާނުންގެ ދަރިކަލުން المَمسِيْحُ (އެބަހީ عيسى عليه السّلام) އެއީ ﷲ އޭ ބުނިމީހުން ކާފަރުވެއްޖެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. مَرْيَم ގެފާނުންގެ ދަރިކަލުން المَمسِيْحُ އާއި އެކަލޭގެފާނުންގެ މަންމާފުޅާ އަދި ބިމުގައިވާ އެންމެން ﷲ ހަލާކުކުރައްވާ މެރުއްވިޔަސް އެކަމަށް އެކަލާނގެ އިރާދަކުރައްވައިފިއްޔާވެސް (އެކަލާނގެ އެކަންކުރެއްވިޔަނުދީ) އެކަން ދިފާޢު ކުރެއްވުމަށް އެއްވެސް ކަމެއް ކުރުމަށް ކުޅަދާނަ ވެގެންވަނީ ކާކުހެއްޔެވެ؟ އަދި އުޑުތަކާއި ބިމާއި އަދި އެދެމެދުގައި ވާހާއެއްޗެއް މިލްކުވެ خاصّ ވެ ލިބިވޮޑިގެންވަނީ ﷲ އަށެވެ. އެކަލާނގެ އެދިވޮޑިގަންނަވާ އެއްޗެއް އެކަލާނގެ ހައްދަވައެވެ. އަދި ކޮންމެކަމެއްގެމައްޗަށް ﷲ ކުޅަދުންވަންތަވެ ވޮޑިގެންވެއެވެ.
-
5:18
وَقَالَتِ ٱلْيَهُودُ وَٱلنَّصَـٰرَىٰ نَحْنُ أَبْنَـٰٓؤُا۟ ٱللَّهِ وَأَحِبَّـٰٓؤُهُۥ ۚ قُلْ فَلِمَ يُعَذِّبُكُم بِذُنُوبِكُم ۖ بَلْ أَنتُم بَشَرٌ مِّمَّنْ خَلَقَ ۚ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۚ وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ۖ وَإِلَيْهِ ٱلْمَصِيرُ
Wa-q̣aalatil Yahoodu wan-Naṣaaraa naḥnu ʹabnaaaʹul laahi wa-ʹaḥibbaaaʹuh. Q̣ul falima yuʻaẓẓibukum̃ biẓunoobikum? Bal ʹañtum̃ basharum mimman khalaq̣: yag̣firu limañy yashaaaʹu wa-yuʻaẓẓibu mañy yashaaaʹ. Wa-lillaahi mulkus samaawaati wal-ʹarḍi wa-maa baynahumaa wa-ʹilayhil maṣeer.
އަދި يهودي ންނާއި نَصَارى އިން ބުނެއެވެ. އަހުރެމެންނަކީ ﷲ ގެ ދަރިންނެވެ. އަދި އެކަލާނގެ އެންމެ ލޯބިވާ މީހުންނެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (އެހެންވީއިރު) ކަލޭމެން ކުރާ ފާފަޔަށް އެކަލާނގެ ކަލޭމެނަށް عذاب ދެއްވަނީ ކިއެއްވެގެންހެއްޔެވެ؟ އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންނަކީ އެކަލާނގެ ހައްދަވާފައިވާ خَلْقُ ތަކުންކުރެ آدم ގެ ދަރިންނެވެ. އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ފުއްސަވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ عذاب ދެއްވައެވެ. އަދި އުޑުތަކާއި ބިމުގައި އަދި އެދެމެދުގައިވާހާ ތަކެތިވެސް مِلْكُ ވެވޮޑިގެންވަނީ ހަމަ ﷲ އަށެވެ. އަދި އެނބުރި ދާތަންވަނީ ހަމަ އެކަލާނގެ حضرة ގައެވެ.
-
5:19
يَـٰٓأَهْلَ ٱلْكِتَـٰبِ قَدْ جَآءَكُمْ رَسُولُنَا يُبَيِّنُ لَكُمْ عَلَىٰ فَتْرَةٍ مِّنَ ٱلرُّسُلِ أَن تَقُولُوا۟ مَا جَآءَنَا مِنۢ بَشِيرٍ وَلَا نَذِيرٍ ۖ فَقَدْ جَآءَكُم بَشِيرٌ وَنَذِيرٌ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ
YaaaʹAhlal Kitaabi q̣ad jaaaʹakum Rasoolunaa yubayyinu lakum ʻalaa fatratim minar rusuli ʹañ taq̣ooloo maa- jaaaʹanaa mim basheeriñw walaa naẓeer: faq̣ad jaaaʹakum̃ Basheeruñw Wa-Naẓeer. Wallaahu ʻalaa kulli shayʹiñ Q̣adeer.
އޭ أهل كتاب ންނޭވެ! (يهودي ންނާއި نصارى އިންނެވެ!) ހަމަކަށަވަރުން رسول ބޭކަލުންނެތް فَتْرة އެއްގައި އެފަދަ ދަނޑިވަޅެއްގައި ކަލޭމެންގެ ގާތަށް ތިމަންރަސްކަލާނގެ رسول އާ (محمّد ﷺ) ވަޑައިގެންފިއެވެ. އެއީ އަހުރެމެންގެގާތަށް އެއްވެސް بَشِيْر އަކުވިޔަސް އަދި نَذِير އަކުވިޔަސް ނާދެޔޭ ކަލޭމެން ބުނެފާނެތީއެވެ. (بَشِير އަކީ ކިޔަމަންގަތް އަޅުންނަށް ސުވަރުގެޔާ އެތާނގެ نعمة ހުރިކަމުގެ އުފާވެރި خبر ދެއްވާމީހާއެވެ. نَذِيْر އަކީ ނުކިޔަމަންތެރި އަޅުންނަށް ނަރަކަޔާ އެތާނގެ عذاب ހުރިކަމުގެ ބިރުވެރި خبر ދޭ މީހާއެވެ.) އަދި ﷲ އީ ހުރިހާކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލާނގެއެވެ.
-
5:20
وَإِذْ قَالَ مُوسَىٰ لِقَوْمِهِۦ يَـٰقَوْمِ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ جَعَلَ فِيكُمْ أَنۢبِيَآءَ وَجَعَلَكُم مُّلُوكًا وَءَاتَىٰكُم مَّا لَمْ يُؤْتِ أَحَدًا مِّنَ ٱلْعَـٰلَمِينَ
Wa-ʹiẓ q̣aala Moosaa liq̣awmihee yaa-q̣awmiẓ kuroo niʻmatal laahi ʻalaykum ʹiẓ jaʻala feekum ʹambiyaaaʹa wajaʻalakum mulookañw wa-ʹaataakum maa lam yuʹti ʹaḥadam minal ʻaalameen.
އަދި موسى (عليه السّلام) އެކަލޭގެފާނުންގެ قوم ގެމީހުންނަށް ވިދާޅުވިހިނދު ހަނދުމަފުޅުކުރައްވާށެވެ! (އެކަލޭގެފާނު ވިދާޅުވިއެވެ.) އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން ނިކަން ކަލޭމެންގެ މައްޗަށް ﷲ ލެއްވި نعمة ހަނދާންކޮށްބަލާށެވެ! އެއީ ކަލޭމެންގެތެރެއިން އެކަލާނގެ نبي ބޭކަލުންލައްވައި އަދި ކަލޭމެންނީ ރަސްރަސްކަލުންކަމުގައި އެކަލާނގެ ލެއްވިހިނދުންނެވެ. އަދި عالم ތަކުގެ މީސްތަކުންކުރެ އެކަކަށްވެސް ނުދެއްވާ ތަކެތި އެކަލާނގެ ކަލޭމެނަށް ދެއްވިއެވެ. (އެއީ مَنُّ އާއި سَلْوَى އާއި ހިލަގަނޑުން ފެންލިބުމާއި ވިލާގަނޑުން ހިޔާއަޅުއްވައިދެއްވުމާއި އަދިވެސް އެތައްކަމެއް ކަމުގައިވިއެވެ.)\n• މިއާޔަތުގައިމިވާ "ކަލޭމެން ރަސްރަސްކަލުންކަމުގައި ލެއްވި ވާހަކައިގެ މުރާދުގައި مفسّر ންގެ މެދުގައި ބަސް ތަފާތެވެ. ނަމަވެސް ގިނަބޭކަލުންގެ ބަހުގައި އެއީ:\n(1) فِرعون ގެ އަޅުވެތިކަމުންނުކުމެވި ތިމާމެންގެ نفس ތަކުގެވެރިންކަމުގައި ތިމާމެން ވީ ވާހަކައެވެ. (2) އެމީހަކަށް އަނތްބަކާއި ނޯކަރަކާއި ގެއެއްވާ ކޮންމެމީހަކީ އެއީ ރަސްކަލެއްގެ މާނައިގާ އެމީހުންކިޔައި އުޅެއެވެ. "އަދި މިނޫންގޮތްގޮތަށްވެސް ބުނެވިފައިވެއެވެ." والله أعلم.
-
5:21
يَـٰقَوْمِ ٱدْخُلُوا۟ ٱلْأَرْضَ ٱلْمُقَدَّسَةَ ٱلَّتِى كَتَبَ ٱللَّهُ لَكُمْ وَلَا تَرْتَدُّوا۟ عَلَىٰٓ أَدْبَارِكُمْ فَتَنقَلِبُوا۟ خَـٰسِرِينَ
Yaa-q̣awmid khulul ʹArḍal Muq̣addasatal latee katabal laahu lakum wa-laa tartaddoo ʻalaaa ʹadbaarikum fatañq̣aliboo khaasireen.
موسى (عليه السّلام) ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން طاهر ވެގެންވާ ބިމަށް ނުވަތަ بركاة ތެރިބިމަށް ވަންނާށެވެ! އެރަށަށް ދާށެވެ! (އެއީ دمشق އާއި فَلَسْطِيْن ކަމުގައި - ނުވަތަ شَام ކަރަކަމުގައި - ނުވަތަ أرِيْحَا އެވެ ކިޔޭތަނެއްކަމުގައި ނުވަތަ طور ފަރުބަދަޔާއި އެތާނގެ ވަށައިގެންވާ ތަންތަންކަމުގައި ބުނެވުނެވެ. މިހުރިހާގޮތަކަށްވެސް تفسير علم ވެރިންގެ ބަސްފުޅުވެއެވެ.) - والله أعلم - أبوجعفر الطبري ގެ تفسير ގައި ވިދާޅުވެފައި އެވަނީ އެއީ فُرَات ކޯރުންފެށިގެން مِصْرُ عَرِيش ކިޔާ ހިސާބަށްކަމުގައެވެ. موسى (عليه السّلام) ވިދާޅުވިއެވެ. (އޭ قوم ގެމީހުންނޭވެ!) އެތަނަކީ ކަލޭމެނަށް ﷲ ކަނޑައަޅުއްވާ ލިއުއްވާފައިވާ ތަނެކެވެ. އެތަނަށް ކަލޭމެން ދާށެވެ! އަދި ފުރަގަސްދީ ފަހަތަށް އެނބުރި رجوع ނުވާށެވެ! އެހެންވެއްޖެއްޔާ ކަލޭމެންނީ ގެއްލި ހަލާކުވެގެންވާ ބަޔަކުކަމުގައި ވެގެންހިނގައިދާނެއެވެ.
-
5:22
قَالُوا۟ يَـٰمُوسَىٰٓ إِنَّ فِيهَا قَوْمًا جَبَّارِينَ وَإِنَّا لَن نَّدْخُلَهَا حَتَّىٰ يَخْرُجُوا۟ مِنْهَا فَإِن يَخْرُجُوا۟ مِنْهَا فَإِنَّا دَٰخِلُونَ
Q̣aaloo yaa-Moosaaa ʹinna feehaa q̣awmañ jabbaareena wa-ʹinnaa lan nad-khulahaa ḥattaa yakhrujoo minhaa: faʹiñy yakhrujoo minhaa faʹinnaa daa-khiloon.
އެމީހުން ދެންނެވިއެވެ. އޭ موسى (عليه السّلام) އެވެ! ހަމަކަށަވަރުން އެހެންބަޔަކަށް ބަލިނުކުރެވޭފަދަ ގަދަފަދަ جَبّار ބަޔަކު އެރަށުގައިވެއެވެ. އަދި ހަމަކަށަވަރުން އެމީހުން އެރަށުން ނުކުމެއްޖައުމަށްދާނދެން އެބަހީ އެމީހުން ނުނުކުންނަނިސް އަހުރެމެން އެރަށަށް ނުދާނަމެވެ. ފަހެ އެމީހުން އެރަށުން ނުކުމެއްޖެއްޔާ ހަމަކަށަވަރުން އަހުރެމެންނީ އެރަށަށް ވަންނާނެ ބަޔަކީމުއެވެ.
-
5:23
قَالَ رَجُلَانِ مِنَ ٱلَّذِينَ يَخَافُونَ أَنْعَمَ ٱللَّهُ عَلَيْهِمَا ٱدْخُلُوا۟ عَلَيْهِمُ ٱلْبَابَ فَإِذَا دَخَلْتُمُوهُ فَإِنَّكُمْ غَـٰلِبُونَ ۚ وَعَلَى ٱللَّهِ فَتَوَكَّلُوٓا۟ إِن كُنتُم مُّؤْمِنِينَ
Q̣aala rajulaani minal laẓeena yakhaafoona ʹanʻamal laahu ʻalayhimad khuloo ʻalayhimul Baab: faʹiẓaa dakhal-tumoohu faʹinnakum g̣aaliboon. Wa-ʻalal laahi fatawakkalooo ʻiñ kuñtum Muʹmineen.
ﷲ އަށް ބިރުވެތިވާ މީހުންގެތެރެއިން ދެފިރިހެނުން ދެންނެވިއެވެ. އެދެމީހުންނަށް ﷲ نعمة ލައްވާފައިވެއެވެ. އެދެމީހުން ދެންނެވިއެވެ. (އޭ މީސްތަކުންނޭވެ!) ކަލޭމެން އެރަށުގެ ދޮރާއި ހަމައަށް ނިކަން ވަދެބަލާށެވެ! ކަލޭމެން އެރަށުގެ ދޮރުން ވަދެއްޖެއްޔާ ހަމަކަށަވަރުން ކަލޭމެންނަކީ ގަދަވާނެ މީހުންނެވެ. އަދި ކަލޭމެންނީ مؤمن ންކަމުގައިވަންޏާ ހަމައެކަނި ﷲ އަށް وكيل ކޮށް އިތުބާރު ކުރާށެވެ! އެކަލާނގެއަށް ބަރޯސާކޮށް ތިމާމެންގެ ކަންތައް حوال ކުރާށެވެ.
-
5:24
قَالُوا۟ يَـٰمُوسَىٰٓ إِنَّا لَن نَّدْخُلَهَآ أَبَدًا مَّا دَامُوا۟ فِيهَا ۖ فَٱذْهَبْ أَنتَ وَرَبُّكَ فَقَـٰتِلَآ إِنَّا هَـٰهُنَا قَـٰعِدُونَ
Q̣aaloo yaa-Moosaaa ʹinnaa lan nad-khulahaaa ʹa-badam maa daamoo feehaa faẓhab ʹañta wa-Rabbuka faq̣aatilaaa ʹinnaa haa-hunaa q̣aaʻidoon.
އެމީހުން (އެބަހީ بني إسْرَائيل ގެމީހުން) ދެންނެވިއެވެ. އޭ موسى (عليه السّلام) އެވެ! ހަމަކަށަވަރުން އެމީހުން އެތާ ދެމިތިބިހާހިނދަކު އަހުރެމެން އެރަށަށް ނުވަންނާނަމެވެ. ފަހެ ކަލޭގެފާނާއި ކަލޭގެފާނުންގެ رَبّ އާއި ވަޑައިގެން އެމީހުންނާ ހަނގުރާމަކުރައްވާށެވެ! އަހުރެމެން މިތާ އިށީނދެލައިގެން ތިބޭނޫއެވެ.
-
5:25
قَالَ رَبِّ إِنِّى لَآ أَمْلِكُ إِلَّا نَفْسِى وَأَخِى ۖ فَٱفْرُقْ بَيْنَنَا وَبَيْنَ ٱلْقَوْمِ ٱلْفَـٰسِقِينَ
Q̣aala Rabbi ʹinnee laaa ʹamliku ʹillaa nafsee wa-ʹakhee fafruq̣ baynanaa wa-baynal q̣awmil faasiq̣een.
موسى (عليه السّلام) ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ! ހަމަކަށަވަރުން މިއަޅާއަށް މިއަޅާގެ نفس އާއި އަދި މިއަޅާގެ أخ މެނުވީ ކުޅަދާނަވެގެން ނުވެއެވެ. (އެބަހީ އިބަރަސްކަލާނގެއަށް ކިޔަމަންތެރިވާނެކަމާއިމެދު މިއަޅާގެ نفس އާއި މިއަޅާގެ أخ މެނުވީ އެހެން އެއްވެސްމީހަކަށް މިއަޅާގެ އިތުބާރެއްނެތެވެ. ކުޅަދާނަކަމެއް މިލްކުވެގެން ނުވެއެވެ.) ފަހެ އަޅަމެންނާއި މި فاسق ވެގެންވާ މީހުންނާއި މެދު ދުރުކޮށްދެއްވާންދޭވެ! - ވަކިކޮށްދެއްވާންދޭވެ!
-
5:26
قَالَ فَإِنَّهَا مُحَرَّمَةٌ عَلَيْهِمْ ۛ أَرْبَعِينَ سَنَةً ۛ يَتِيهُونَ فِى ٱلْأَرْضِ ۚ فَلَا تَأْسَ عَلَى ٱلْقَوْمِ ٱلْفَـٰسِقِينَ
Q̣aala faʹinnahaa muḥarramatun ʻalayhim ʹarbaʻeena sanah: yateehoona fil ʹarḍ. Falaa taʹsa ʻalal Q̣awmil faasiq̣een.
ﷲ وحي ކުރެއްވިއެވެ. ސާޅީސްއަހަރުވާންދެން އެމީހުންނަށް އެރަށް حرام ވެގެންވެއެވެ. (މަނާވެގެންވެއެވެ.) އެމީހުންނަށްއޮތީ حيران ވެގެން ބިމުގައި ހިނގުމެވެ. ފަހެ فاسق ވެގެންވާ މީސްތަކުންގެމައްޗަށް ކަލޭގެފާނު ހިތާމަފުޅު ނުކުރައްވާށެވެ! ގިނަ تفسير ފޮތްތަކުގައި އެވާހަކަ ދިގުކޮށް ލިއުއްވާފައިވެއެވެ. އެއަށްފަހު އެމީހުން ކޮންމެދުވަހަކުވެސް އެބިމުން ނުކުތުމަށް ހިނގަނީއެވެ. އިރުއޮއްސުނީމާ ނިދާފައި ފަތިހު ތެދުވާއިރަށް ތިބެނީ ކުރީ ދުވަހުވެސް ހަމަ ފުރިތާނގައެވެ. ސާޅީސް އަހަރުވެސް ހަމަ އެހެންނެވެ. މުޅިއެކީ އެމީހުންނަށް ހިނގަ ހިނގާތިބެވުނީ ހަ فَرْسَخُ ގައި ކަމުގައިވިއެވެ. އެމީހުންގެ ކެއުމަށް مَنُّ އާއި سلْواى ބާވައިލައްވާ ވިލާގަނޑު ހިޔާއަޅައި ހިލަގަނޑުން ފެން ނެރުއްވައި މިހުރިހާކަމެއްވީ މިދުވަސްވަރުގައިކަމަށްވިއެވެ.............
-
5:27
۞ وَٱتْلُ عَلَيْهِمْ نَبَأَ ٱبْنَىْ ءَادَمَ بِٱلْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ ٱلْـَٔاخَرِ قَالَ لَأَقْتُلَنَّكَ ۖ قَالَ إِنَّمَا يَتَقَبَّلُ ٱللَّهُ مِنَ ٱلْمُتَّقِينَ
Watlu ʻalayhim naba ʹabna ʹAadama bilḥaq̣q̣. ʹIẓ q̣arrabaa q̣urbaanañ fatuq̣ubbila min ʹaḥadihimaa wa-lam yutaq̣abbal minal ʹaakhar. Q̣aala laʹaq̣tulannak. Q̣aala ʹinnamaa yataq̣abbalul laahu minal Muttaq̣een.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް އެބަހީ قُرَيشُ ންނަށް آدم عليه السّلام ގެ ދެދަރިކަލުންގެ خبر ވިދާޅުވެދެއްވާށެވެ! حقّ ގޮތުގައެވެ. އެއީ އެދެދަރިކަލުން (ﷲ އަށް ކުއްތަންވުމުގެ ގޮތުން) قربان އެއް ކުރިހިނދުގައެވެ. ދެންފަހެ އެތަނުން އެއްދަރިކަލުންގެ قربان قبول ކުރެވުނެވެ. އެބަހީ ﷲ قبول ކުރެއްވިއެވެ. އަދި އަނެއް ދަރިކަލުންގެ قربان قبول ނުކުރެވުނެވެ. އެބަހީ ﷲ قبول ނުކުރެއްވިއެވެ. އަދި އޭނާ އެބަހީ قربان قبول ނުވެވުނުމީހާ އަނެއްމީހާއަށް ބުންޏެވެ. އަހުރެން ކަލޭ މަރާނަމެވެ. އަނެއްމީހާ އެބަހީ قربان قبول ވެވުނުމީހާ ބުންޏެވެ. ހަމަކަށަވަރުން ﷲ قبول ކުރައްވަނީ تقوى ވެރިންގެ ކިބައިންނެވެ.
-
5:28
لَئِنۢ بَسَطتَ إِلَىَّ يَدَكَ لِتَقْتُلَنِى مَآ أَنَا۠ بِبَاسِطٍ يَدِىَ إِلَيْكَ لِأَقْتُلَكَ ۖ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَـٰلَمِينَ
Laʹim basata ʹilayya yadaka litaq̣tulanee maaa ʹana bibaasiṭiñy yadiya ʹilayka liʹaq̣tulak: ʹinneee ʹakhaaful laaha Rabbal ʻAalameen.
(قربان قبول ވެވުނުމީހާ ވާހަކަދައްކަމުން ބުންޏެވެ.) ކަލޭ އަހުރެން މަރައިލުމަށް ކަލޭގެ ދެއަތް އަހުރެންނާ ދިމާލަށް ފަތުރައިލިޔަސް އަހުރެންނަކީ ކަލޭ މަރައިލުމަށް އަހުރެންގެ އަތް ކަލެޔާ ދިމާއަށް ފަތުރާނެމީހަކު ނޫނެވެ. ހަމަކަށަވަރުން عالم ތަކުގެ ވެރި رَبّ ކަމުގައިވާ ﷲ އަށް އަހުރެން ބިރުގަންނަމެވެ.
-
5:29
إِنِّىٓ أُرِيدُ أَن تَبُوٓأَ بِإِثْمِى وَإِثْمِكَ فَتَكُونَ مِنْ أَصْحَـٰبِ ٱلنَّارِ ۚ وَذَٰلِكَ جَزَٰٓؤُا۟ ٱلظَّـٰلِمِينَ
ʹInneee ʹureedu ʹañ taboooʹa biʹis̤mee wa-ʹis̤mika fatakoona min ʹAṣḥaabin Naar. Waẓaalika jazaaaʹuz̤̣ z̤̣aalimeen.
އަހުރެން އެދެނީ އަހުރެންގެ ފާފަޔާ ކަލޭގެ ފާފަ ހިފައިގެން ކަލޭ ދިއުމަށެވެ. އޭރުން ދެން ކަލޭވާނީ ނަރަކައިގެ އެކުވެރިންގެތެރެއިންނެވެ. އަދި އަނިޔާވެރިންގެ ޖަޒާއަކި އެއީއެވެ.
-
5:30
فَطَوَّعَتْ لَهُۥ نَفْسُهُۥ قَتْلَ أَخِيهِ فَقَتَلَهُۥ فَأَصْبَحَ مِنَ ٱلْخَـٰسِرِينَ
Faṭawwaʻat lahoo nafsuhoo q̣atla ʹakheehi faq̣atalahoo faʹaṣbaḥa minal khaasireen.
ދެންފަހެ އޭނާ (އެބަހީ قربان قبول ނުވެވުނުމީހާ) އަށް އޭނާގެ أخ މަރައިލުމަށް އޭނާގެ نفس ކިޔަމަންކޮށް ހިތްވަރުދީފިއެވެ. ދެން އޭނާ އޭނާގެ أخ މަރައިފިއެވެ. އަދި އޭނާ ވީ ގެއްލިހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.
-
5:31
فَبَعَثَ ٱللَّهُ غُرَابًا يَبْحَثُ فِى ٱلْأَرْضِ لِيُرِيَهُۥ كَيْفَ يُوَٰرِى سَوْءَةَ أَخِيهِ ۚ قَالَ يَـٰوَيْلَتَىٰٓ أَعَجَزْتُ أَنْ أَكُونَ مِثْلَ هَـٰذَا ٱلْغُرَابِ فَأُوَٰرِىَ سَوْءَةَ أَخِى ۖ فَأَصْبَحَ مِنَ ٱلنَّـٰدِمِينَ
Fabaʻas̤al laahu g̣uraabañy yab-ḥas̤u fil ʹarḍi liyuriyahoo kayfa yuwaaree sawʹata ʹakheeh. Q̣aala yaa-waylataaa ʹaʻajaztu ʹan ʹakoona mis̤la haaẓal g̣uraabi faʹuwaariya saw-ʹata ʹakhee! Faʹaṣbaḥa minan naadimeen.
ދެންފަހެ ބިމުގެ އެތަންމިތަން ހޯދަމުންދާ ކާޅެއް ﷲ تعالى (އޭނާގެ ގާތަށް) ފޮނުއްވިއެވެ. އެއީ އޭނާގެ أخ ގެ ހަށިގަނޑު ނިވައިކުރާނެގޮތް ދެއްކުމަށްޓަކައެވެ. • ގިނަ ރިވާޔަތްތަކުގައި بيان ވެގެންވާފަދައިން ދެކާޅު އައިސް އޭނާގެ ކުރިމަތީގައި ތަޅާފޮޅާ އެތަނުން އެއްކާޅު އަނެއްކާޅު މަރައިލީއެވެ. ދެން ދިރިއިން ކާޅު ތުނބުން ބިންމަތިކޮނެ އަނެއް މަރުވި ކާޅު އެވަޅުގަޑުގައި ބާއްވައި ދެން އެގޮތްމިގޮތުން އޭގެމައްޗަށް ވެލިއަޅާ ނިވައިކުރީއެވެ. (މަހާނަ ހެދީއެވެ.) = تفسيرالطبري =\n• ކާޅުގެ މި حركاة ފެނިފައި އޭނާ ބުންޏެވެ. އޭއަހުރެންނަށް ހުރި ހަލާކެއްގެބޮޑުކަމާއެވެ! މިކާޅުފަދައިން އަހުރެން އަހުރެންގެ أخ ގެ ހަށިގަނޑު ނިވައިކުރުމަށްވެސް އަހުރެން މިވަނީ ނުކުޅެދިފައެވެ. އަދި އޭނާވީ ހިތާމަކުރާމީހުންގެ ތެރެއިންނެވެ.\n• ދަންނައެވެ! މިއީ آدم عليه السّلام ގެ ދެ ދަރިކަލުންކުރެ އެކަކު އަނެކަކު މެރިވާހަކައެވެ. އެކަކީ هَابِيْلُ އެވެ. އަނެކަކީ قَابِيل އެވެ. އެއީ އެދެމީހުންގެ ދެމެދު ދިމާވި މައްސަލައެއްގައި ﷲ އެންގެވީ ކޮންމެ މީހަކުވެސް ﷲ އަށް قربان އެއް ކުރުމަށެވެ. ދެންފަހެ هابيل އަކީ ބަކަރިގެންގުޅޭ މީހަކުކަމުގައިވީހިނދުން އޭނާގެ އަތުގައިވާ އެންމެ ރީތި އަދި އެންމެ ލޯބިވާ ބަކަރީގެ قربان އޭނާ ކޮށްފިއެވެ. قابيل އަކީ ދަނޑުވެރިއެއްކަމުގައިވީހިނދުން އޭނާ قربان ކުރީ އޭނާގެ ދަނޑުގެ ތަކެތީގެ ތެރެއިން ދެރަ ވިޔާނުދާ ތަކެތީގެ قربان އެކެވެ. ދެންފަހެ هابيل ގެ قربان قبول ވެވި قابيل ގެ قربان قبول ނުވެވުނެވެ. އެކަމާ ރުޅިއައިސް قابيل ގޮސް هابيل މެރީއެވެ. އާޔަތުގައި އެވަނީ އެދެމީހުން ދެއްކި ވާހަކަޔާ ކަންވެދިޔަގޮތެވެ. އެއީ ދުނިޔޭގެ آدم ގެ ދަރިންގެ ފުރަތަމަ قتل އެވެ. މިދެމީހުންގެދެމެދު ދެބަސްވާންދިމާވި މައްސަލައެއްކަމުގައިވަނީ އަންހެންކުއްޖެއްގެ މައްސަލައެވެ. قابيل އިންނަން ދިމާވި ކުއްޖާޔާ قابيل އިންނަން قبول ނުވެ هابيل އިންނަން ދިމާވިކުއްޖާޔާ قابيل ވެސް އިންނަހިތްވުމެވެ. ނަމަވެސް އެގޮތް އޭރުގެ شريعة ހުއްދައެއް ނުކުރެއެވެ. ދެން آدم عليه السّلام އެދެކުދިންނަށް قربان ކުރަން އެންގެވީއެވެ. އަދި هابيل ގެ قربان ﷲ قبول ކުރެއްވީއެވެ. އެއީ حقّ ގެވެރިފަރާތެވެ. قابيل އެކަމާ ރުޅިއައިސްގެން އޭނާގެ أخ هابيل މެރީއެވެ. والله أعلم.
-
5:32
مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِىٓ إِسْرَٰٓءِيلَ أَنَّهُۥ مَن قَتَلَ نَفْسًۢا بِغَيْرِ نَفْسٍ أَوْ فَسَادٍ فِى ٱلْأَرْضِ فَكَأَنَّمَا قَتَلَ ٱلنَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَآ أَحْيَا ٱلنَّاسَ جَمِيعًا ۚ وَلَقَدْ جَآءَتْهُمْ رُسُلُنَا بِٱلْبَيِّنَـٰتِ ثُمَّ إِنَّ كَثِيرًا مِّنْهُم بَعْدَ ذَٰلِكَ فِى ٱلْأَرْضِ لَمُسْرِفُونَ
Min ʹajli ẓaalika katabnaa ʻalaa Baneee ʹIsraaaʹeela ʹannahoo mañ q̣atala nafsam big̣ayri nafsin ʹaw fasaadiñ fil ʹarḍi fakaʹannamaa q̣atalan naasa jameeʻaa: wa-man ʹaḥyaahaa fakaʹannamaaa ʹaḥyan naasa jameeʻaa. Wa-laq̣ad jaaaʹathum rusulunaa bil-Bayyinaati s̤umma inna kas̤eeram minhum̃ baʹda ẓaalika fil ʹarḍi lamusrifoon.
އެކަމަށްޓަކައި ތިމަންރަސްކަލާނގެ بني إسرائيل ންގެމައްޗަށް ލިއުއްވާ ކަނޑައެޅުއްވީ، ހަމަކަށަވަރުން އެއްވެސް نفس އެއްގެ ބަދަލުގައިނޫންގޮތަކަށް نفس އެއް މެރިކޮންމެ މީހަކު ނުވަތަ ބިމުގައި ފަސާދަކުރި ކޮންމެ މީހަކު ފަހެ އޭނާ ކޮންފަދަހެއްޔެވެ؟ އޭނާ އެންމެން މެރިފަދައެވެ. އަދި نفس އެއް ދިރުވައިފިމީހާ އޭނާ ކޮންފަދަ ހެއްޔެވެ؟ އޭނާ އެންމެން ދިރުވިފަދައެވެ. އަދި ހަމަކަށަވަރުން އެމީހުންގެ ގާތަށް އެބަހީ بني إسرائيل ންގެގާތަށް - ބަޔާންވެގެންވާ دليل އާއި حجّة އާއިގެން ތިމަންރަސްކަލާނގެ رسول ން ވަޑައިގެންނެވިއެވެ. ދެން އޭގެފަހުގައިވެސް އެބަހީ އެ حجّة އާއި دليل އަށްފަހުގައިވެސް އެމީހުންކުރެ ގިނަމީހުންނަކީ ކަނޑައެޅިގެން ބިންމަތީގައި إسراف ކުރާމީހުންނެވެ. (އުރެދުންތައް ގިނަގިނައިން ކުރަނީއެވެ.)\n• ދަންނައެވެ! މިއާޔަތުގައި - އެކަމަށްޓަކައި بني إسرائيل ންނަށް އެފަދަ އަދަބެއް ކަނޑައެޅުއްވިކަމާމެދު - އެބަހީ آدم عليه السّلام ގެ ދަރިކަލުންކުރެ އެކަކު އަނެކަކު މެރުވުމުގެ ސަބަބުން އޭގެ މާފަހުން ދުނިޔެއަށް އައި ބަޔަކަށް އެކަން ގުޅިފައިއޮތީ ކޮން حكمة އަކަށްޓަކައިތޯ ސުވާލު އުފެދިދާނެއެވެ. އޭގެ جواب ގައި ބައެއް مفسّر ން ލިއުއްވާފައިވަނީ بني إسرائيل ންގެ ތެރޭގައި މީހުންމެރުން ގިނަވުމުގެ ސަބަބުން އެމީހުންނަކީ މިހުން މެރުމުގެ وعيد އެންމެފުރަތަމަ ބާވައިލެއްވުނު ބަޔަކުކަމުގައި އެމީހުންވީކަމެވެ. އެމީހުން نبي ބޭކަލުންވެސް މެރީއެވެ.\n• ދެން އޮތް އަނެއް ނުގުތާއަކީ އެންމެ نفس އެއް މެރިމީހާ ހުރިހާ نفس އެއް މެރިމީހަކުފަދައޭ އޮތްއޮތުމެވެ. އޭގެ جواب ގައި ބައެއް ބޭކަލުން ވިދާޅުވަނީ: فصد ގައި އެންމެ مؤمن އަކު މެރިމީހާގެ އަދަބަކީ ނަރަކައިގައި ދެމިހުރުމާ ﷲ ގެ ކޯފާއާއި އެކަލާނގެ لعنة އާއި ބޮޑުވެގެންވާ عذاب އެވެ. އެންމެހައި މީހުން މެރިޔަސް އޮތީ އެއަދަބެވެ. އެއީ مجاهد ގެ ބަހެވެ. އަދި އެހެންގޮތްގޮތަށްވެސް ވިދާޅުވި ބޭކަލުންވެއެވެ. والله أعلم. އަދި އެ نفس އެއްމެރުން حرام ވެގެންވާ نفس އެއް (މަރައިލުމަށް ކުޅަދާނަވެއްޖެމީހާ) އޭނާ ނުމަރައި ދޫކޮށްލުން އެއީ ދިރުވުން ކަމަށެވެ. / ނުވަތަ މީހަކު غرق ވުމުން ނުވަތަ އަނދައިގެން މަރުވުންފަދަ ކަމަކުން ސަލާމަތްކުރުން އެއީ އޭނާ ދިރުވުންކަމަށެވެ. އަދި މިނޫންވެސް ވަރަށްގިނަ ގޮތްގޮތަށް މިބަސްފުޅު تَأْوِيْلُ ކުރައްވާފައިވެއެވެ. والله أعلم.
-
5:33
إِنَّمَا جَزَٰٓؤُا۟ ٱلَّذِينَ يُحَارِبُونَ ٱللَّهَ وَرَسُولَهُۥ وَيَسْعَوْنَ فِى ٱلْأَرْضِ فَسَادًا أَن يُقَتَّلُوٓا۟ أَوْ يُصَلَّبُوٓا۟ أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلَـٰفٍ أَوْ يُنفَوْا۟ مِنَ ٱلْأَرْضِ ۚ ذَٰلِكَ لَهُمْ خِزْىٌ فِى ٱلدُّنْيَا ۖ وَلَهُمْ فِى ٱلْـَٔاخِرَةِ عَذَابٌ عَظِيمٌ
ʹInnamaa jazaaaʹul laẓeena yuḥaariboonal laaha wa-Rasoolahoo wa-yasʻawna fil ʹarḍi fasaadan ʹañy yuq̣attalooo ʹaw yuṣallabooo ʹaw tuq̣aṭṭaʻa ʹaydeehim wa-ʹarjuluhum min khilaafin ʹaw yuñfaw minal ʹarḍ. Ẓaalika lahum khizyuñ fid dunyaa wa-lahum fil ʹAakhirati ʻaẓaabun ʻaz̤̣eem;
ﷲ އާއި އަދި އެކަލާނގެ رسول އާ އާއި އިދިކޮޅަށް ހަނގުރާމަކޮށް (އެބަހީ އެދެފަރާތުގެ أمر އަށް ނުކިޔަމަންތެރިވެ އުރެދި) އަދި ބިމުގައި ފަސާދަވެރިކަން އުފެއްދުމަށް މަސައްކަތްކޮށް ހަދާމީހުން (އެބަހީ މަގުފޭރި މީހުންމަރާ މުދާލޫޓުވައި މީހުންގެ عفّة ނަގާލާހަދާ ބިރުދައްކާ ހަދާމީހުން) ގެ جزاء އެއްކަމުގައި އެމީހުންގެ އަދަބެއްކަމުގައި ވާކަންކަށަވަރީ އެމީހުން މެރުމެވެ. ނުވަތަ صَليب އަށްލުމެވެ. ނުވަތަ އަތާފައި ކަންކުތިވާގޮތަށް (ކަނާތާ ވާތުފައިވާގޮތަށް) ކެނޑުމެވެ. ނުވަތަ އޭނާ އަރުވައިލާ އެރަށުން ބޭރުކުރުމެވެ. އެއީ ދުނިޔޭގައި އޭނާއަށް ހުރި ދެރަކަމާއި ނިކަމެތިކަމެވެ. އަދި آخرة ގައި އޭނާއަށް ކަނޑައެޅިގެންހުރީ ބޮޑުވެގެންވާ عذاب އެވެ. • ދަންނައެވެ! މިއާޔަތުގެ حكم ތަކާއިމެދު مفسّر ންނާ عالم ންގެމެދުގައި ހިސާބަކަށް ދެބަސްވުންވެއެވެ. އަދި حكم ތަކުގެ تفصيل އެހާ ތަނަވަހެވެ. ވީމާ އެދިގު تفصيل އަށް އަދި ދިއުމަކަށް قصد އެއް ނުކުރަމެވެ. ކޮންމެއަކަސް މިއީ މަގުފޭރޭމީހުންގެ حكم އެވެ. މި حكم ތައް މިއަންގަވާފައިވާގޮތަށް تَنْفِيذ ކުރަމުންދާ ތަނެއްގައި އަމަންއަމާންކަން ރަސްކަންކުރާނެއެވެ. އަދި حكم ތައް تنفيذ ނުކޮށް ތިމާމެން ކިތަންމެ ކުރިއަރައި ترقّى ވެފައިވާކަމުގައި އަޑުއެރުވިޔަސް އެތަނެއްގައި ވެރިކަންކުރާނީ ބިރުވެރިކަމާއި ނާމާންކަމެވެ. ކަޓަރުއެޅުމާ، ލޫޓުވުމެވެ. މީހުންމެރުމާ ފަސާދައެވެ. فاحش ކަންތަކާއި ދެންވެސް އެބާވަތުގެ އެންމެހައި ނުބައެކެވެ. ބައްޔާ އެކަށީގެންވާވަރު ބޭހެއް ނުކުރެވިއްޖެއްޔާ ބަލި ހައްތާބޮޑުވެ ނުބައިވާނެއެވެ. ބުއްދިވެރިންނޭވެ. عبرة حاصل ކުރާށެވެ! ކޮންމެއަކަސް މި ތެއްތިރީސްވަނަ އާޔަތަކީ مجتمع إصلاح ކުރުމުގެ ބޭސްގަނޑެވެ. އެއާޔަތުގައި بيان ވެގެންއެވާ ބަލީގެ ބޭހަކީ ހަމަ އެ އާޔަތުގައި އެވާ ބޭހެވެ. އެހެން ބޭހަކުން އަސަރެއް ނުކުރާނެއެވެ. ޓީބީ ޖެހުނީމާ އަރިދަފުސް ރޯގާގެ ބޭހަކުން ނުގުޑާނެއެވެ.
-
5:34
إِلَّا ٱلَّذِينَ تَابُوا۟ مِن قَبْلِ أَن تَقْدِرُوا۟ عَلَيْهِمْ ۖ فَٱعْلَمُوٓا۟ أَنَّ ٱللَّهَ غَفُورٌ رَّحِيمٌ
ʹlllal laẓeena taaboo miñ q̣abli ʹañ taq̣diroo ʻalayhim: faʻlamooo ʹannal laaha G̣afoorur Raḥeem.
ކަލޭމެންނަށް އެމީހުންގެމައްޗަށް ކުޅަދާނަވުމުގެކުރިން (އެބަހީ ކަލޭމެން އެމީހުން އަތުލައިގަތުމުގެ ކުރިން) تَوبَة ވެއްޖެމީހުން މެނުވީއެވެ. އެބަހީ އެފަދަމީހުންނަށް އިސްވެދިޔަ އަދަބުގެތެރެއިން އަދަބެއް ދިނުމެއް ހުއްދައެއްނޫނެވެ. ފަހެ ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުންބޮޑުވެގެންވާ ކަލާނގެކަން ކަލޭމެން ދަންނާށެވެ!
-
5:35
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَٱبْتَغُوٓا۟ إِلَيْهِ ٱلْوَسِيلَةَ وَجَـٰهِدُوا۟ فِى سَبِيلِهِۦ لَعَلَّكُمْ تُفْلِحُونَ
Yaaaʹayyuhal laẓeena ʹaamanut taq̣ul laaha wabtag̣ooo ʹilayhil Waseelata wa-jaahidoo fee Sabeelihee laʻallakum tufliḥoon.
އޭ އީމާންވެގެންވާ މީސްތަކުންނޭވެ! ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! تقوى ވެރިވާށެވެ! އަދި އެކަލާނގެ حضرة ގައި ކަލޭމެން وَسِيلَة ހޯދާށެވެ! (އެބަހީ އެކަލާނގެއަށް ކިޔަމަންތެރިވެ އެކަލާނގެ حضرة ގައި ގާތްކަން ހޯދާށެވެ!) އަދި އެކަލާނގެ މަގުގައި ކަލޭމެން جهاد ކުރާށެވެ! (އެކަލާނގެ ދީން ކުރިއެރުވުމަށް ހިތްވަރުކުރާށެވެ!) އެއީ ކަލޭމެންނަށް ކާމިޔާބުވެ ނަސީބުލިބޭތޯއެވެ؟
-
5:36
إِنَّ ٱلَّذِينَ كَفَرُوا۟ لَوْ أَنَّ لَهُم مَّا فِى ٱلْأَرْضِ جَمِيعًا وَمِثْلَهُۥ مَعَهُۥ لِيَفْتَدُوا۟ بِهِۦ مِنْ عَذَابِ يَوْمِ ٱلْقِيَـٰمَةِ مَا تُقُبِّلَ مِنْهُمْ ۖ وَلَهُمْ عَذَابٌ أَلِيمٌ
ʹInnal laẓeena kafaroo law ʹanna lahum maa fil ʹarḍi jameeʻañw wamis̤lahoo maʻahoo liyaftadoo bihee min ʻaẓaabi Yawmil Q̣iyaamati maa- tuq̣ubbila minhum. Wa-lahum ʻaẓaabun ʹaleem.
ހަމަކަށަވަރުން ކާފަރުވީ މީސްތަކުން (ދަންނައެވެ!) އެމީހުންނަށް ކަނޑައެޅިގެން ބިމުގައި ވާހާތަކެއްޗާއި އަދި އެޔާއެކު އޭގެއިތުރަށް އަދި އެހާތަކެތި އެމީހުން قيامة ދުވަހުގެ عذاب ން ސަލާމަތްވާން فديَة އެއްގެގޮތުގައި ލިބިފައިވިޔަސް އެހާތަކެތި ދިނަސް އެމީހުންގެ ފަރާތުން އެކަން قبول ނުވެވޭނެއެވެ. (ﷲ އެކަން قبول ނުކުރައްވާނެއެވެ.) އަދި އެމީހުންނަށްހުރީ ހަމަ ވޭންދެނިވި عذاب އެވެ.
-
5:37
يُرِيدُونَ أَن يَخْرُجُوا۟ مِنَ ٱلنَّارِ وَمَا هُم بِخَـٰرِجِينَ مِنْهَا ۖ وَلَهُمْ عَذَابٌ مُّقِيمٌ
Yureedoona ʹañy yakhrujoo minan Naari wa-maa hum̃ bikhaarijeena minhaa: wa-lahum ʻaẓaabum muq̣eem.
އެމީހުން (قيامة ދުވަހުން) ނަރަކައިން ނުކުތުމަށް އެދޭނެއެވެ. (އެކަމަކު) އެމީހުންނަކީ އެތަނުން ނުކުންނާނެ ބައެއްނޫނެވެ. އެމީހުންނަށްހުރީ (ނަރަކައިގާ) قائم ވެތިބޭ ދާއިމީ عذاب އެވެ.
-
5:38
وَٱلسَّارِقُ وَٱلسَّارِقَةُ فَٱقْطَعُوٓا۟ أَيْدِيَهُمَا جَزَآءًۢ بِمَا كَسَبَا نَكَـٰلًا مِّنَ ٱللَّهِ ۗ وَٱللَّهُ عَزِيزٌ حَكِيمٌ
Wassaariq̣u wassaariq̣atu faq̣ṭaʻooo ʹaydiyahumaa jazaaaʹam bimaa kasabaa nakaalam minal laah: wallaahu ʻAzeezun Ḥakeem.
އަދި ވައްކަންކުރި ފިރިހެންމީހާއާއި އަދި ވައްކަންކުރި އަންހެންމީހާ (ދަންނައެވެ.) ކަލޭމެން އެދެމީހުންގެ އަތްކަނޑާށެވެ. އެއީ އެދެމީހުންކުރި ނުބައި ކަންތަކުގެ جزاء އެއްގެގޮތުން ﷲ ގެ حضرة ންވާ عقوبة އާއި ކޯފާއެވެ. އަދި ﷲ އީ عزّة ވަންތަ (ގަދަފަދަވަންތަ) حكمة ވަންތަ ކަލާނގެއެވެ.
-
5:39
فَمَن تَابَ مِنۢ بَعْدِ ظُلْمِهِۦ وَأَصْلَحَ فَإِنَّ ٱللَّهَ يَتُوبُ عَلَيْهِ ۗ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
Famañ taaba mim baʻdi z̤̣ulmihee wa-ʹaṣlaḥa faʹinnal laaha yatoobu ʻalayh; ʹinnal laaha G̣afoorur Raḥeem.
އަދި އޭނާގެ އެ އަނިޔާއަށްފަހު (އެބަހީ އަތްކެނޑުމަށްފަހު) އޭނާ تَوبة ވެ إصلاح ކޮށްފިއްޔާ އެބަހީ އޭނާ އެހުރި އުރެދުމެއް ދޫކޮށް ރަނގަޅުކޮށްފިއްޔާ ފަހެ ހަމަކަށަވަރުން ﷲ تعالى އޭނާގެ މައްޗަށް تَوبة ލައްވައެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
5:40
أَلَمْ تَعْلَمْ أَنَّ ٱللَّهَ لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ يُعَذِّبُ مَن يَشَآءُ وَيَغْفِرُ لِمَن يَشَآءُ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ
ʹAlam taʻlam ʹannal laaha lahoo mulkus samaawati wal-ʹarḍ? Yuʻaẓẓibu mañy yashaaaʹ wayag̣firu limañy yashaaaʹ: wallaahu ʻalaa kulli shayʹiñ Q̣adeer.
ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހާތަކެތި ﷲ އަށް مِلْكُ ވެ خاصّ ވެގެންވާކަން ކަލޭގެފާނަށް އެނގިވަޑައިނުގަންނަވައިތޯއެވެ؟ (ނުވަތަ ތިމަންނާމެންނީ ﷲ ގެ ދަރީންނޭ އެކަލާނގެ އެންމެ ލޯބިވާމީހުންނޭ މިކިޔާ މީހުންނަށް ނޭނގޭ ބާވައެވެ؟) އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް عذاب ދެއްވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ފުއްސަވައެވެ. އަދި ހުރިހާކަމެއްގެ މައްޗަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވެއެވެ. މިއަންނަ އާޔަތުގެ ترجمة ނުވަތަ إجمالى މާނަ ލިއުމުގެ ކުރިން ކުޑަވާހަކަކޮޅެއް / ދެތިން كلمة އެއް ބުނެލާނަމެވެ. އެއީ އާޔަތުގެ މާނަ ވިސްނައިގަތުން ފަސޭހަވުމަށްޓަކައެވެ. މިއާޔަތް ބާވައިލައްވާފައިވަނީ حادثة އަކާއި ގުޅިގެންނެވެ. އެއީ: رسول ﷲ ﷺ مدينة އަށް ވަޑައިގެންނެވިފަހުން: يهودي ންގެ ފިރިހެނަކާއި އަންހެނަކާއި ދެމީހުން ޒިނޭކުރިއެވެ. ދެން يهودي ންގެ ދަންނަބޭކަލުންތަކެއް ޖަމާވެފައި އެދެމީހުންނަށް حكم ކުރެއްމަށް މިފޮނުވީ ކީރިތި رسول އާގެ އަރިހަށެވެ. އެމީހުންގެ توراة ގައި ބަޔާންވެގެންވާފަދައިން އެދެމީހުންގެ ނިޔާއަކީ رَجَمُ ކުރުމެވެ. مُحْصَنُ ދެމީހުންނެވެ. އެމީހުން رسول ﷲ ﷺ ގެ އަރިހަށް އެދެމީހުންގެ މައްސަލަ ހުށަހެޅީ އެހެންގޮތަކަށް حكم ކުރައްވާނެކަމަށެވެ. އަދި އެދެމީހުންނާއެކު ފޮނުވިމީހުންގާތު މިދަންނަ ބޭކަލުންތައް ބުނީ رَجَمُ ކުރުން ނޫން އެހެން حكم އެއް ކުރައްވައިފިއްޔާ قبول ކުރާށެވެ! އެހެންކަމަށްވަންޏާ އެއީ ހަމަ އާދައިގެ ރަސްކަލެކެވެ. އަދި رَجَمُ ކުރުމަށް حكم ކުރައްވައިފިއްޔާ ދެން ކަލޭމެން އަވަހަށް ރައްކާތެރިވާށެވެ. އެގޮތް قبول ނުކުރާށެވެ! ދެން އެދެމީހުންނާއިގެން އެކަލޭގެފާނުންގެ އަރިހަށް ނިޔާކުރަންދިއުމުން އެކަލޭގެފާނު ވަޑައިގެންނެވީ يهودي ންގެ ދަންނަބޭކަލުންގެ އަރިހަށެވެ. އަދި އެމީހުން ކިބައިން އެދިވަޑައިގަތީ އެންމެބޮޑަށް ދަންނަމީހާއާއި ބައްދަލުކުރައްވާށެވެ. ދެން އެމީހުން ދެއްކީ عَبْدُ ﷲ بْن صُورِيَا ކިޔާ މީހެކެވެ. އަދި ދެންނެވިއެވެ. މިއީ توراة ގެ خبر އެންމެބޮޑަށް ދަންނަމީހާއެވެ. ދެން އެކަލޭގެފާނު އެމީހާ ގޮވައިގެން ވަޑައިގެން އެކަނި ބައިންދާފައި حديث ކުރެއްވިއެވެ. مُحْصَن އަކު ޒިނޭކުރީމާ توراة ގައި އޮންނަ حكم އެއް އެނގޭހެއްޔެވެ؟ އެމީހާ ދެންނެވިއެވެ. އާދޭހެވެ. (އެއީ رَجَمُ ކުރުމެވެ.) އަދި އެމީހާ ދެންނެވިއެވެ. އޭ أبو القاسم އެވެ. ކަލޭގެފާނަކީ ކަނޑައެޅިގެން نبي އަކުކަން އެމީހުން ރަނގަޅަށް ދަނެއެވެ. އެހެންނަމަވެސް އެމީހުން ކަލޭގެފާނަށް حسد ވެރިވަނީއެވެ. ދެން رسول ﷲ ﷺ ނުކުމެވަޑައިގެން އެދެމީހުން رَجَمُ ކުރުމަށް أمر ކުރެއްވީއެވެ. ދެން އޭގެފަހުގައި عَبْدُ ﷲ بْن صُورِيَا އަލުންވެސް ކާފަރުވީއެވެ. ދެން އެކަމާ ގުޅިގެން މިއާޔަތް ބާވައިލެއްވިކަމުގައިވިއެވެ. = تفسير الطبري =
-
5:41
۞ يَـٰٓأَيُّهَا ٱلرَّسُولُ لَا يَحْزُنكَ ٱلَّذِينَ يُسَـٰرِعُونَ فِى ٱلْكُفْرِ مِنَ ٱلَّذِينَ قَالُوٓا۟ ءَامَنَّا بِأَفْوَٰهِهِمْ وَلَمْ تُؤْمِن قُلُوبُهُمْ ۛ وَمِنَ ٱلَّذِينَ هَادُوا۟ ۛ سَمَّـٰعُونَ لِلْكَذِبِ سَمَّـٰعُونَ لِقَوْمٍ ءَاخَرِينَ لَمْ يَأْتُوكَ ۖ يُحَرِّفُونَ ٱلْكَلِمَ مِنۢ بَعْدِ مَوَاضِعِهِۦ ۖ يَقُولُونَ إِنْ أُوتِيتُمْ هَـٰذَا فَخُذُوهُ وَإِن لَّمْ تُؤْتَوْهُ فَٱحْذَرُوا۟ ۚ وَمَن يُرِدِ ٱللَّهُ فِتْنَتَهُۥ فَلَن تَمْلِكَ لَهُۥ مِنَ ٱللَّهِ شَيْـًٔا ۚ أُو۟لَـٰٓئِكَ ٱلَّذِينَ لَمْ يُرِدِ ٱللَّهُ أَن يُطَهِّرَ قُلُوبَهُمْ ۚ لَهُمْ فِى ٱلدُّنْيَا خِزْىٌ ۖ وَلَهُمْ فِى ٱلْـَٔاخِرَةِ عَذَابٌ عَظِيمٌ
Yaaaʹayyuhar Rasoolu laa- yaḥzuñkal laẓeena yusaariʻoona fil kufri minal laẓeena q̣aalooo ʹaamannaa biʹafwaahihim wa-lam tuʹmiñ q̣uloobuhum. Wa-minal laẓeena haadoo sammaaʻoona lil-kaẓibi sammaaʻoona liq̣awmin ʹaakhareena lam yaʹtook. Yuḥarrifoonal kalima mim baʻdi mawaaḍiʻih. Yaq̣ooloona ʹin ʹooteetum haaẓaa fakhuẓoohu wa-ʹil lam tuʹtawhu faḥ-ẓaroo! Wa-mañy yuridil laahu fitnatahoo falañ tamlika lahoo minal laahi shayʹaa. ʹUlaaaʹikal laẓeena lam yuridil laahu ʹañy yuṭahhira q̣uloobahum. Lahum fid dunyaa khizyuñw walahum fil ʹAakhirati ʻaẓaabun ʻaz̤̣eem;
އޭ رسول ﷲ އެވެ! އެމީހުންގެ ހިތްތައް އީމާންނުވެ ހަމައެކަނި އެމީހުންގެ އަނގަތަކުން ތިމަންނާމެން އީމާންވެއްޖައީމޭ ބުނާމީހުންގެ ތެރެއިން ކާފަރުކަމަށް އަވަސްވެގަންނަމީހުން ކަލޭގެފާނު ހިތާމަފުޅުކުރުވިޔަ ނުދެއްވާށެވެ! އެބަހީ އެމީހުންގެ ސަބަބަން ހިތާމަފުޅު ނުކުރައްވާށެވެ! (އެއީ عَبْدُ ﷲ بْن صُورِيَا ފަދަމީހުންނެވެ.) އަދި ދޮގުބަސްތައް އަހާ يهودي ންގެ ސަބަބުންވެސް ހިތާމަފުޅު ނުކުރައްވާށެވެ! (އެމީހުން އަހަނީ އެމީހުންގެ ދަންނަބޭކަލުންގެ ދޮގުބަސްތަކެވެ.) އަދި އެއީ حكم ހޯދުމަށް ކަލޭގެފާނުންގެ އަރިހަށް އައިމީހުންނާއެކު ނާންނަ ބަޔަކަށް ދޮގުބަސް އަހައިގެން ގެންދާ މީހުންނެވެ. އަދި އެމީހުންބަސް ބަދަލުކޮށް އޮޅުވާހަދަނީއެވެ. ބާވައިލެއްވިއިރު އޮތްގޮތްނޫން އެހެންގޮތްގޮތަށް ބަދަލުކުރަނީއެވެ. އަދި އެމީހުން ބުނެއެވެ. އެކަލޭގެފާނު ކަލޭމެނަށް މި حكم ކުރައްވައިފިއްޔާ (އެބަހީ رَجَمُ ކުރުން ނޫން އެހެން حكم އެއް ކުރައްވައިފިއްޔާ އަވަހަށް ހިފާށެވެ! قبول ކުރާށެވެ!) އަދި އެހެން حكم އެއް ކުރައްވައިފިއްޔާ ބިރުވެތިވާށެވެ! قبول ނުކުރާށެވެ! (މިއީ އެމީހުންގެ ދަންނަބޭކަލުން އާދައިގެ މީހުންނަށް ބުނެދޭގޮތެވެ.) ދެންފަހެ ﷲ އެމީހަކު މަގުފުރައްދަވާ فِتْنَة ވެރިކުރެއްވުމަށް އިރާދަކުރައްވައިފި މީހަކާމެދު (އެމީހަކު ތެދުމަގަށް ގެނައުމަށް) ކަލޭގެފާނަށް އެއްވެސްކަމެއް ﷲ ގެ حضرة ން މިލްކުވެގެން ނުވެއެވެ. އެފަދަމީހުންނީ ﷲ تعالى އެމީހުންގެ ހިތްތައް طاهر ކުރެއްވުމަށް އިރާދަނުކުރައްވާ މީހުންނެވެ. އެމީހުންނަށް ދުނިޔޭގައި ހުރީ ދެރަނިކަމެތިކަމެވެ. އަދި އެމީހުންނަށް آخرة ގައި ކަނޑައެޅިގެން ހުރީ ބޮޑުވެގެންވާ عذاب އެވެ. މިއާޔަތް ބާވައިލެއްވުނު މުނާސަބަތު އެކިގޮތްގޮތަށް بيان ކުރައްވާފައި مفسّر ންވެއެވެ. އޭގެ ތެރެއިން އެންމެ معتبر ގޮތެއްކަމުގައި ބެލެވޭގޮތް މިބަޔާންކުރީއެވެ. والله أعلم.
-
5:42
سَمَّـٰعُونَ لِلْكَذِبِ أَكَّـٰلُونَ لِلسُّحْتِ ۚ فَإِن جَآءُوكَ فَٱحْكُم بَيْنَهُمْ أَوْ أَعْرِضْ عَنْهُمْ ۖ وَإِن تُعْرِضْ عَنْهُمْ فَلَن يَضُرُّوكَ شَيْـًٔا ۖ وَإِنْ حَكَمْتَ فَٱحْكُم بَيْنَهُم بِٱلْقِسْطِ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ
Sammaaʻoona lilkaẓibi ʹakkaaloona lis-suḥt. Faʹiñ jaaaʹooka faḥkum̃ baynahum ʹaw ʹaʻriḍ ʻanhum. Wa-ʹiñ tuʻriḍ ʻanhum falañy yaḍurrooka shayaa. Wa-ʹin ḥakamta faḥkum̃ baynahum̃ bilq̣isṭ. ʹInnal laaha yuḥibbul Muq̣siṭeen.
އެމީހުންނަކީ ދޮގު باطل ވާހަކަތައް އަހާމީހުންނެވެ. އަދި رشوة ކެއުން ގިނަމީހުންނެވެ. ދެންފަހެ އެމީހުން (حكم އެދިގެން) ކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެއްޔާ ދެން އެމީހުންގެމެދުގައި حكم ކުރައްވާށެވެ! ނުވަތަ އެމީހުންގެ ކިބައިން އެނބުރި ފުރަގަސްދެއްވަވާށެވެ! އަދި ކަލޭގެފާނު އެމީހުންގެ ކިބައިން އެނބުރި ފުރަގަސްދެއްވިޔަސް ކަލޭގެފާނަށް އެއްވެސް ގެއްލުމެއް އުނދަގުލެއް އެމީހުންނަކަށް ނުކުރެވޭނެއެވެ. އަދި ކަލޭގެފާނު حكم ކުރައްވަންޏާ އެމީހުންގެމެދުގައި ހަމަ عَدْلُ ވެރިކޮށް حكم ކުރައްވާށެވެ! ހަމަކަށަވަރުން عَدْلُ ވެރިވާ މީހުންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.
-
5:43
وَكَيْفَ يُحَكِّمُونَكَ وَعِندَهُمُ ٱلتَّوْرَىٰةُ فِيهَا حُكْمُ ٱللَّهِ ثُمَّ يَتَوَلَّوْنَ مِنۢ بَعْدِ ذَٰلِكَ ۚ وَمَآ أُو۟لَـٰٓئِكَ بِٱلْمُؤْمِنِينَ
Wa-kayfa yuḥakkimoonaka wa-ʻiñda-humut Tawraatu feehaa ḥukmul laahi s̤umma yatawallawna mim baʻdi ẓaalik? Wa-maaa ʹulaaaʹika bil-Muʹmineen.
އަދި އެމީހުން ކަލޭގެފާނު حكم ކުރައްވާ ބޭކަލަކުކަމުގައި ލާންވީ ކޮންފަދައަކުންހެއްޔެވެ؟ އެހެނީ އެމީހުންގެ އަތުގައި توراة ވެއެވެ. އެފޮތުގައި (ޒިނޭކުރުމާމެދުވެސް) ﷲ ގެ حكم ވެއެވެ. ދެން އެމީހުން އެ حكم އަށްފަހުވެސް އެނބުރި ފުރަގަސްދެނީއެވެ. (އަދި އެމީހުން ކަލޭގެފާނުންގެ އަރިހުން حكم ހޯދުމުގެ مقصد އަކީ އެމީހުން ބަދަލުކުރި ނުބައި حكم އާއި އެއްގޮތަށް ކަލޭގެފާނު حكم ކުރައްވައިތޯއެވެ.) އަދި އެމީހުން مؤمن ންކަމުގައި ނުވެއެވެ.
-
5:44
إِنَّآ أَنزَلْنَا ٱلتَّوْرَىٰةَ فِيهَا هُدًى وَنُورٌ ۚ يَحْكُمُ بِهَا ٱلنَّبِيُّونَ ٱلَّذِينَ أَسْلَمُوا۟ لِلَّذِينَ هَادُوا۟ وَٱلرَّبَّـٰنِيُّونَ وَٱلْأَحْبَارُ بِمَا ٱسْتُحْفِظُوا۟ مِن كِتَـٰبِ ٱللَّهِ وَكَانُوا۟ عَلَيْهِ شُهَدَآءَ ۚ فَلَا تَخْشَوُا۟ ٱلنَّاسَ وَٱخْشَوْنِ وَلَا تَشْتَرُوا۟ بِـَٔايَـٰتِى ثَمَنًا قَلِيلًا ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَـٰٓئِكَ هُمُ ٱلْكَـٰفِرُونَ
ʹInnaaa ʹañzalnat Tawraata feehaa Hudañw Wa-Noor. Yaḥkumu bihan nabiyyoonal laẓeena ʹaslamoo lillaẓeena haadoo war-Rabbaaniyyoona wal-ʹaḥbaaru bimas tuḥfiz̤̣oo miñ Kitaabil laahi wa-kaanoo ʻalayhi shuhadaaaʹ. Falaa takhshawun naasa wakhshawni wa-laa tashtaroo biʹAayaatee s̤amanañ q̣aleelaa. Wa-mal lam yaḥkum̃ bimaaa ʹañzalal laahu faʹulaaaʹika humul kaafiroon.
ހަމަކަށަވަރުން ތިމަންރަސްކަލާނގެ توراة ބާވައިލެއްވީމެވެ. އެފޮތުގައި ތެދުމަގާއި (ދީނުގެ حكم ގައި އަނދިރިވެފައިވާތަންތަނަށް) نور ވެއެވެ. އަލިކަންވެއެވެ. އަދި (محمّد ﷺ ފަދައިން) އިސްލާމްވެވަޑައިގެން ތިއްބެވި نبي ބޭކަލުން އެފޮތުން يهودي ންނަށް حكم ކުރައްވައެވެ. އަދި رَبَّانِىُّ ންނާއި އެމީހުންގެ عالم ންވެސް ﷲ ގެފޮތުން (އެބަހީ توراة ން) އެމީހުންނަށް ދަސްވެފައިވާ ތަކެތީން حكم ކުރައްވައެވެ. އަދި އެބޭބޭކަލުން ކަނޑައެޅިގެން އޭގެމައްޗަށް އެބަހީ توراة ގެމައްޗަށް ހެކިދެއްވާ ބޭކަލުންކަމުގައިވިއެވެ. ފަހެ ކަލޭމެން މީސްތަކުންދެކެ ބިރުނުގަންނާށެވެ. އަދި ތިމަންރަސްކަލާނގެއަށް ބިރުގަންނާށެވެ! އަދި ކުޑައަގަކަށް ތިމަންރަސްކަލާނގެ އާޔަތްތައް ނުވިއްކާށެވެ. (ދުނިޔޭގެ މިފަނާވެދަނިވި އެތިކޮޅަކަށް އާޔަތްތަކުގެ حكم ބަދަލުނުކުރާށެވެ!) އަދި ﷲ ބާވައިލެއްވި حكم ން حكم ނުކުރާމީހުން (ދަންނައެވެ!) ފަހެ ކަނޑައެޅިގެން އެމީހުން އެއީ ކާފަރުންނެވެ.
-
5:45
وَكَتَبْنَا عَلَيْهِمْ فِيهَآ أَنَّ ٱلنَّفْسَ بِٱلنَّفْسِ وَٱلْعَيْنَ بِٱلْعَيْنِ وَٱلْأَنفَ بِٱلْأَنفِ وَٱلْأُذُنَ بِٱلْأُذُنِ وَٱلسِّنَّ بِٱلسِّنِّ وَٱلْجُرُوحَ قِصَاصٌ ۚ فَمَن تَصَدَّقَ بِهِۦ فَهُوَ كَفَّارَةٌ لَّهُۥ ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ
wa-katabnaa ʻalayhim feehaaa ʹannan nafsa binnafsi walʻayna bilʻayni wal-ʹañfa bilʹañfi wal-ʹuẓuna bil-ʹuẓuni wassinna bissinni waljurooḥa Q̣iṣaaṣ. Famañ taṣaddaq̣a bihee fahuwa kaffaaratul lah. Wa-mal lam yaḥkum̃ bimaaa ʹañzalal laahu faʹulaaaʹika humuz̤̣ z̤̣aalimoon.
އަދި توراة ގައި ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް އެބަހީ يهودي ންގެމައްޗަށް قِصَاص ހިފުން ލިއުއްވާ فرض ކުރެއްވީމެވެ. އެއީ نفس އަކަށް نفس އެކެވެ. (އެބަހީ އެއްވެސް حقّ އަކާއި ނުލައި ހަމަ قصد ގައި މީހަކު މަރައިފިނަމަ އެމަރުވި نفس ގެ ބަދަލުގައި އޭނާ މެރިމީހާ މެރުމެވެ.) އަދި ލޮލަކަށް ލޮލެކެވެ. (އެބަހީ މީހެއްގެ ލޮލަށް ގެއްލުމެއްކޮށް ލޯ ހަލާކުކޮށްފިއްޔާ އެކަންކުރިމީހާގެ ލޯވެސް ހަމައެގޮތަށް ހަލާކު ކުރުމަށެވެ. ދެން މިގޮތަށް) ނޭފަތަކަށް ނޭފަތެއް - ކަންފަތަކަށް ކަންފަތެއް - ދަތަކަށް ދަތެއް - އަދި زخم ތަކާއި ކުރި ފާރުތަކަށްވެސް قصاص ހިފުން ކަނޑައެޅުއްވީމެވެ. އަދި މިފަދަ ކޮންމެ قصاص އަކަށްވަނީ އަގުލެއްވުމެވެ. އަނެއްމީހާގެ ގުނަވަން ހަލާކު ކޮށްލުމެއްނޫނެވެ. އެއަގުތައް ކަނޑައެޅި މިންވަރުވެގެންވެއެވެ. ދެންފަހެ އެއިން صدقاة ކޮށްފި މީހާ ދަންނައެވެ. (އެބަހީ އެ އަނިޔާއެއްކުރިމީހާއަށް އަނިޔާލިބުނު ފަރާތުން عفو ކޮށްފިއްޔާ) އެއީ އޭނާގެ ފާފަތަކަށްވާ كفّارة އެކެވެ. އަދި ﷲ ބާވައިލެއްވި حكم ން حكم ނުކުރާ މީހުން (ދަންނައެވެ!) ފަހެ ކަނޑައެޅިގެން އެމީހުން އެއީ އަނިޔާވެރިންނެވެ.
-
5:46
وَقَفَّيْنَا عَلَىٰٓ ءَاثَـٰرِهِم بِعِيسَى ٱبْنِ مَرْيَمَ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَىٰةِ ۖ وَءَاتَيْنَـٰهُ ٱلْإِنجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَىٰةِ وَهُدًى وَمَوْعِظَةً لِّلْمُتَّقِينَ
Wa-q̣affaynaa ʻalaaa ʹaas̤aarihim̃ biʻeesab ni Maryama Muṣaddiq̣al limaa bayna yadayhi minat Tawraah: wa-ʹaataynaahul ʹIñjeela feehi Hudañw Wa-Nooruñw wamuṣaddiq̣al limaa bayna yadayhi minat Tawraati wa-Hudañw wa-Mawʻiz̤̣atal lil-Muttaq̣een.
އަދި އެބޭކަލުންގެ އަސަރުތަކުގެމައްޗަށް އެބަހީ މާތްވެގެންވާ نبي ބޭކަލުންނާ تبع ކުރައްވައިހަމަ އެ قواعد ން مريم ގެފާނުންގެ ދަރިކަލުން عيسى عليه السّلام ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެއީ އެކަލޭގެފާނު ވަޑައިގަތުމުގެކުރީގައިވާ توراة ތެދުކުރައްވާ حال ގައެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް إنجيل ދެއްވީމެވެ. އެފޮތުގައި ތެދުމަގާއި نور ވެއެވެ. (ދީނުގެ ކަންކަމުގައި އަލިކަންވެއެވެ.) އަދި އެފޮތްވަނީ އޭގެކުރީގައިވާ توراة ތެދުކުރާ حال ގައެވެ. އަދި تقوى ވެރިންނަށްވާ ތެދުމަގާއި وعظ އާއި نصيحة ގެ ގޮތުންނެވެ.
-
5:47
وَلْيَحْكُمْ أَهْلُ ٱلْإِنجِيلِ بِمَآ أَنزَلَ ٱللَّهُ فِيهِ ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ
Walyaḥkum ʹAhlul ʹIñjeeli bimaaa ʹañzalal laahu feeh. Wa-mal lam yaḥkum̃ bimaaa ʹañzalal laahu faʹulaaaika humul faasiq̣oon.
އަދި إنجيل ގެ أهل ވެރިން އެފޮތުގައި ﷲ ބާވައިލައްވާފައިވާ حكم ން حكم ކުރާހުށިކަމެވެ! އަދި ﷲ ބާވައިލެއްވި حكم ން حكم ނުކުރިމީހުން (ދަންނައެވެ!) ފަހެ އެމީހުން އެއީ ކަނޑައެޅިގެން فاسق ންނެވެ. (ﷲ ގެ ކިޔަމަނުން ނުކުމެގެންވާ ބައެކެވެ.)\n• ދަންނައެވެ! قصاص ހިފުމުގެ މި حكم ތަކުގެ تفصيل ތައް حديث ފޮތްތަކާއި فقه ގެ ފޮތްތަކުގައި ބަޔާންވެގެންވެއެވެ. އެވާހަތަކުގައި علم ވެރިން ހިސާބަކަށް ބަސްތަފާތުވެފައިވާތީ އޭގެތެރެއަށް އަދި ނުވަނީއެވެ.
-
5:48
وَأَنزَلْنَآ إِلَيْكَ ٱلْكِتَـٰبَ بِٱلْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلْكِتَـٰبِ وَمُهَيْمِنًا عَلَيْهِ ۖ فَٱحْكُم بَيْنَهُم بِمَآ أَنزَلَ ٱللَّهُ ۖ وَلَا تَتَّبِعْ أَهْوَآءَهُمْ عَمَّا جَآءَكَ مِنَ ٱلْحَقِّ ۚ لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا ۚ وَلَوْ شَآءَ ٱللَّهُ لَجَعَلَكُمْ أُمَّةً وَٰحِدَةً وَلَـٰكِن لِّيَبْلُوَكُمْ فِى مَآ ءَاتَىٰكُمْ ۖ فَٱسْتَبِقُوا۟ ٱلْخَيْرَٰتِ ۚ إِلَى ٱللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ
Wa-ʹañzalnaaa ʹilaykal Kitaaba bilḥaq̣q̣i muṣaddiq̣al limaa bayna yadayhi minal Kitabi wa-muhayminan ʻalayhi faḥkum̃ baynahum̃ bimaaa ʹañzalal laahu wa-laa tattabiʻ ʹahwaaaʹahum ʻammaa jaaaʹaka minal Ḥaq̣q̣. Likulliñ jaʻalnaa miñkum Shirʻatañw Wa-Minhaajaa. Wa-law shaaaʹal laahu lajaʻalakum ʹUmmatañw Waaḥidatañw Walaakil liyabluwakum fee maaa ʹaataakum fastabiq̣ul khayraat. ʹIlal laahi marjiʻukum jameeʻañ fayunabbiʹukum̃ bimaa kuñtum feehi takhtalifoon;
(އޭ رسول ﷲ ﷺ އެވެ!) ތިމަންރަސްކަލާނގެ ކަލޭގެފާނަށް ހަމަ حقّ ގޮތުގައި ފޮތް ބާވައިލެއްވީމެވެ. ކީރިތި قرآن ބާވައިލެއްވީމެވެ. (އެއީ ﷲ ބާވައިލެއްވި) ހުރިހާ ފޮތެއްވެސް ތެދުކުރާ حال ގައި އެފޮތްތަކުގެ މައްޗަށް ރައްކާތެރިވެ ހެކިވާ އަމާނާތްތެރި ފޮތެއްކަމުގައެވެ. (އެހެންހުރިހާ ފޮތެއްވެސް އެފޮތަށް ތާއީދުކޮށް އެހެން ފޮތްތަކަށް حكم ކުރާ ފޮތެއްގެ ގޮތުގައެވެ.) އަދި އެމީހުންގެމެދުގައި ﷲ ބާވައިލެއްވި حكم ން حكم ކުރައްވާށެވެ! އަދި އެމީހުންގެ އަމިއްލައެދުމާއި ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! حقّ ގެތެރެއިން ކަލޭގެފާނުންގެ އަރިހަށް އައިތަކެތި އައުމަށްފަހުގައި އެތަކެތި ދޫކުރައްވައި (އެމީހުންގެ هواى نفس އާއި تبع ވެވަޑައިނުގަންނަވާށެވެ!) ކަލޭމެންކުރެ ކޮންމެ ބަޔަކަށް / ކޮންމެ أمّة އަކަށް ތިމަންރަސްކަލާނގެ شريعة އަކާއި ބަޔާންވެގެންވާ މަގެއްލެއްވީމެވެ. އަދި ﷲ އެދިވޮޑިގެންނެވިނަމަ ކަލޭމެން އެންމެން އެއް أمّة އަކަށް ލައްވައިފީހެވެ. އަދި އެހެންނަމަވެސް (އެކަލާނގެ ކަލޭމެން ތަފާތު أمّة ތަކަކަށް ލެއްވީ) އެކަލާ ނގެ ކަލޭމެންނަށް ދެއްވިތަކެތީން (ފޮތްތަކުގައި އެންގެވި އެންގެވުންތަކުން) ކަލޭމެން إمتحان ކުރެއްވުމަށެވެ. ފަހެ ކަލޭމެން ހެޔޮކަންތައްތައް ކުރުމުގައި އަވަސްވެ ވާދަކުރާށެވެ! ކަލޭމެން އެންމެން އެނބުރި رجوع ވުންވަނީ ހަމަ ﷲ ގެ حضرة އަށެވެ. ދެން އެކަމަކާމެދު ކަލޭމެން ދެބަސްވެ إختلاف ވާކަމުގައި ވީކަންތަކުގެ خبر އެކަލާނގެ ކަލޭމެނަށް ދެއްވާނެއެވެ.
-
5:49
وَأَنِ ٱحْكُم بَيْنَهُم بِمَآ أَنزَلَ ٱللَّهُ وَلَا تَتَّبِعْ أَهْوَآءَهُمْ وَٱحْذَرْهُمْ أَن يَفْتِنُوكَ عَنۢ بَعْضِ مَآ أَنزَلَ ٱللَّهُ إِلَيْكَ ۖ فَإِن تَوَلَّوْا۟ فَٱعْلَمْ أَنَّمَا يُرِيدُ ٱللَّهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ ۗ وَإِنَّ كَثِيرًا مِّنَ ٱلنَّاسِ لَفَـٰسِقُونَ
Wa-ʹaniḥ kum̃ baynahum̃ bimaaa ʹañzalal laahu wa-laa tattabiʻ ʹahwaaaʹahum waḥẓarhum ʹañy yaftinooka ʻam baʻḍi maaa ʹañzalal laahu ʹilayk. Faʹiñ tawallaw faʻlam ʹannamaa yureedul laahu ʹañy yuṣeebahum̃ bibaʻḍi ẓunoobihim. Wa-ʹinna kas̤eeram minan naasi lafaasiq̣oon.
އަދި (ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތްބާވައިލެއްވީ) ﷲ ބާވައިލެއްވި حكم ން އެމީހުންގެމެދުގައި حكم ކުރެއްވުމަށެވެ. (އެގޮތަށް حكم ކުރައްވާށެވެ!) އަދި އެމީހުންގެ (އެބަހީ يهودي ންނާއި ދެންވެސް އެބާބުގެ އެންމެންގެ) هواى نفس އާއި އެމީހުންގެ އަމިއްލައެދުމާއި ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! އަދި ﷲ ކަލޭގެފާނަށް ބާވައިލެއްވި ބައެއް ތަކެތި ފިޔަވައި އެމީހުން ކަލޭގެފާނު فتنة ވެރިކޮށްފާނެކަމާއިމެދު ކަލޭގެފާނު އެމީހުންނަށް ބިރުވެތިވެވަޑައި ނުގަންނަވާށެވެ! (އޭރުން އެބަހީ ބިރުވެތިވެ ވަޑައިގެންފިއްޔާ އެމީހުން އެދޭގޮތަކަށް ކަލޭގެފާނަށް حكم ކުރެވިދާނެއެވެ. އެފަދަ ކަންތަކަށް ހުޝިޔާރުވެ ވަޑައިގަންނަވާށެވެ!) ދެންފަހެ އެމީހުން ކަލޭގެފާނުންގެ ބަސްފުޅު ނުއަހައި އެނބުރި ފުރަގަސްދީފިއްޔާ ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ އެދިވޮޑިގަންނަވަނީ އެމީހުން ކުރި ބައެއް ފާފައިގެ ސަބަބުން އެމީހުންނަށް مصيبة ޖެއްސެވުމަށެވެ. عقوبة އަވަސްކުރެއްވުމަށެވެ. އަދި ހަމަކަށަވަރުން މީސްތަކުންކުރެ ގިނަމީހުންނަކީ ކަނޑައެޅިގެން قاسق ންނެވެ. (ﷲ ގެ ކިޔަމަނުން ނުކުމެގެންވާ މީހުންނެވެ.)
-
5:50
أَفَحُكْمَ ٱلْجَـٰهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ ٱللَّهِ حُكْمًا لِّقَوْمٍ يُوقِنُونَ
ʹAfaḥukmal Jaahiliyyati yabg̣oon? Wa-man ʹaḥsanu minal laahi ḥukmal liq̣awmiñy yooq̣inoon.
އެމީހުން ފަހެ އެއެދެނީ جاهليّة ޒަމާނު حكم ހެއްޔެވެ؟ (އެބަހީ رسول ﷲ ﷺ ގެ حكم އަށް ނުރުހޭ މީހުން އެއެދެނީ جاهليّة ގެ حكم އެވެ. އެއީ ބުދަށް އަޅުކަންކުރާމީހުންގެ حكم އެވެ. ﷲ ގެ حكم އެއްނޫނެވެ.) އަދި ﷲ ގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަން قبول ކުރާބަޔަކަށް حكم ކުރުމުގެ ގޮތުން ﷲ އަށްވުރެ ވަކިންހެޔޮވެގެންވަނީ ކާކުހެއްޔެވެ؟ އެބަހީ އެއަށްވުރެ ރަނގަޅު حكم އެއްކުރާނެ އެކަކުވެސް ނުވެއެވެ.
-
5:51
۞ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ ٱلْيَهُودَ وَٱلنَّصَـٰرَىٰٓ أَوْلِيَآءَ ۘ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُۥ مِنْهُمْ ۗ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ
yaaaʹayyuhal laẓeena ʹaamanoo laa- tattakhiẓul Yahooda wan-Naṣaaraaa ʹawliyaaaʹ. Baʻḍuhum ʹawliyaaaʹu baʻḍ. Wa-mañy yatawallahum miñkum faʹinnahoo minhum. ʹInnal laaha laa- yahdil q̣awmaz̤̣ z̤̣aalimeen.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! يهودي ންނާއި نصارى އިން އެއީ ސަހަރޯވެރި نصر ވެރިންކަމުގައި ކަލޭމެން ނުބަލާށެވެ. إختيار ނުކުރާށެވެ! އެމީހުންގެ އެއްބަޔަކު އެއީ އަނެއްބައެއްގެ ސަހަރޯވެރި نصر ވެރިންނެވެ. (ކޮންމެބަޔަކީވެސް مؤمن ންނާއި އިދިކޮޅު މީހުންނެވެ.) އަދި ކަލޭމެންކުރެން އެމީހުން އެއީ ތިމާމެންގެ ސަހަރޯވެރިންކަމުގައި ހަދައިފިބަޔަކު އެއީ ހަމަ އެމީހުންގެ މީހުންނެވެ. (ލަނޑަޔާ ވާނީ ލަނޑަޔާއެވެ.) ހަމަކަށަވަރުން އަނިޔާވެރިބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ.
-
5:52
فَتَرَى ٱلَّذِينَ فِى قُلُوبِهِم مَّرَضٌ يُسَـٰرِعُونَ فِيهِمْ يَقُولُونَ نَخْشَىٰٓ أَن تُصِيبَنَا دَآئِرَةٌ ۚ فَعَسَى ٱللَّهُ أَن يَأْتِىَ بِٱلْفَتْحِ أَوْ أَمْرٍ مِّنْ عِندِهِۦ فَيُصْبِحُوا۟ عَلَىٰ مَآ أَسَرُّوا۟ فِىٓ أَنفُسِهِمْ نَـٰدِمِينَ
Fataral laẓeena fee q̣uloobihim maraḍuñy yusaariʻoona feehim yaq̣ooloona nakhshaaa ʹañ tuṣeebanaa daaaʹirah. Faʻasal laahu ʹañy yaʹtiya bilfatḥi ʹaw ʹamrim min ʻiñdihee fayuṣbiḥoo ʻalaa maaa ʹasarroo feee ʹañfusihim naadimeen.
(އޭ رسول ﷲ އެވެ!) ފަހެ އެބައެއްގެ ހިތްތަކުގައި (منافق ކަމުގެ) ބަލިހުރިމީހުން އެ يهودي ންނާއި نصارى އިންނާ ދިމާއަށް އަވަސްވާތީ (އެމީހުން ސަހަރޯވެރިކަމަށް އެދި އަވަސްވާތީ) ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. (އދ. އިންނާ ޔުނިސެފުންނާ ޑަބްލިޔޫ. އެޗް. އޯ އިންނާއި. ދެންވެސް އެމީހުންގެ ފަރާތުން އެހީތައް ހޯދުމަށް އަވަސްވާނެއެވެ.) އަދި ބުނެއެވެ. ޒަމާން ދައުރުކުރުމުގެ ތެރޭގައި އަހުރެމެންނަށް (އެބަހީ يهودي ންނާއި نصارى އިންގެގާތަށް ދާންޖެހިދާނެއެވެ. އެހެންވެ އެމީހުންނަކީ ބޮޑެތިމީހުން ކަމުގައި ކުރީންސުރެ ބަލަނީއެވެ.) ދެންފަހެ ﷲ تعالى ކޮންމެވެސް فتح އެއް (مؤمن ންނަށް) ދެއްވައިފިއްޔާ (مكة فتح ކޮށްދެއްވައިފިއްޔާ) ނުވަތަ އެކަލާނގެ حضرة ން ކޮންމެވެސް އެހެންކަމެއް އެބަހީ يهودي ންނާއި نصارى އިން އަތުން جِزْىَ ނެގޭނެގޮތް ހަމަޖައްސަވައިދެއްވައިފިއްޔާ ދެން އޭރުން އެމީހުން އެބަހީ ހިތުގައި نفاق ކަންހުރިމީހުން منافق ން އެމީހުންގެ ހިތްތަކުގައި ވަންހަނާކުރި ކަންތަކާއިމެދު ހިތާމަކުރާ ބަޔަކުކަމުގައި ވެދެއެވެ.
-
5:53
وَيَقُولُ ٱلَّذِينَ ءَامَنُوٓا۟ أَهَـٰٓؤُلَآءِ ٱلَّذِينَ أَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ ۙ إِنَّهُمْ لَمَعَكُمْ ۚ حَبِطَتْ أَعْمَـٰلُهُمْ فَأَصْبَحُوا۟ خَـٰسِرِينَ
Wa-yaq̣oolul laẓeena ʹaamanooo ʹahaaaʹulaaaʹil laẓeena ʹaq̣samoo billaahi jahda ʹaymaanihim ʹinnahum lamaʻakum? Ḥabiṭat ʹaʻmaaluhum faʹaṣbaḥoo khaasireen.
مُنَافق ންނާއި ދިމާއަށް مؤمن ން ބުނާނެއެވެ. ހަމަކަށަވަރުން އެމީހުންވަނީ ކަލޭމެން مؤمن ންނާ އެކުގައިކަމަށް ގަދަހުވައިން ހުވައިކުރީ މިމީހުންހެއްޔެވެ؟ އެމީހުންގެ ހެޔޮ عمل ތައް باطل ވީއެވެ. ދެން އެމީހުން ގެއްލިހަލާކުވެގެންވާ ބަޔަކުކަމުގައިވާނެއެވެ.
-
5:54
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَن يَرْتَدَّ مِنكُمْ عَن دِينِهِۦ فَسَوْفَ يَأْتِى ٱللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُۥٓ أَذِلَّةٍ عَلَى ٱلْمُؤْمِنِينَ أَعِزَّةٍ عَلَى ٱلْكَـٰفِرِينَ يُجَـٰهِدُونَ فِى سَبِيلِ ٱللَّهِ وَلَا يَخَافُونَ لَوْمَةَ لَآئِمٍ ۚ ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ وَٰسِعٌ عَلِيمٌ
Yaaa-ʹayyuhal laẓeena ʹaamanoo mañy yartadda miñkum ʻañ Deenihee fasawfa yaʹtil laahu biq̣awmiñy yuḥibbuhum wa-yuḥibboonahooo ʹaẓillatin ʻalal Muʹmineena ʹaʻizzatin ʻalal Kaafireena, yujaahidoona fee Sabeelil laahi wa-laa yakhaafoona lawmata laaaʹim. Ẓaalika Faḍlul laahi yuʹteehi mañy yashaaaʹ. Wallaahu Waasiʻun ʻAleem.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެތެރެއިން މީހަކު އޭނާގެ ދީނުން ބޭރުވެ مُرْتَدُّ ވުމަކުން (ﷲ އަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ.) ފަހެ ނިކަންހުރެ ﷲ އެހެންބަޔަކު ގެންނަވައިފާނެއެވެ. އެބަޔަކު ދެކެ އެކަލާނގެ ލޯބިވެވޮޑިގަންނަވާ އަދި އެމީހުންވެސް އެކަލާނގެއަށް ލޯބިވާ އަދި އެބަޔަކު مؤمن ންނަށް ނުހަނު އޯގާވެރި ނިކަމެތި އަދި ކާފަރުންގެމައްޗަށް ނުހަނު ގަދަފަދަ އަދި އެމީހުން ﷲ ގެމަގުގައި جهاد ކުރާ އަދި އެމީހުން (ﷲ އަށްޓަކައި) މަލާމާތްކުރާމީހެއްގެ މަލާމާތަކަށް ބިރުނުގަންނާނެއެވެ. އެއީ އެބަހީ އިސްވެދިޔަ ސިފަތައް ލިބުމަކީ ﷲ ގެ فضل ވަންތަކަމެވެ. އެ فضل ވަންތަކަން އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ދެއްވައެވެ. އަދި ﷲއީ ދީލަތިވަންތަކަން ނުހަނު ތަނަވަސްވެވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
5:55
إِنَّمَا وَلِيُّكُمُ ٱللَّهُ وَرَسُولُهُۥ وَٱلَّذِينَ ءَامَنُوا۟ ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُمْ رَٰكِعُونَ
ʹInnamaa Waliyyukumul laahu wa-Rasooluhoo wal-laẓeena ʹaamanul laẓeena yuq̣eemoonaṣ Ṣalaata wa-yuʹtoonaz Zakaata wa-hum raakiʻoon.
ކަލޭމެން (مؤمن ންގެ) ސަހަރޯވެރިންކަމުގައިވާކަން ކަށަވަރީ ﷲ އާއި އެކަލާނގެ رسول އާ އާއި އަދި ނަމާދު قائم ކޮށް ركوع ކުރާ حال ގައިވެސް زكاة ދޭ مؤمن ންނެވެ. އެބަހީ އެބައިމީހުން ނުހަނު މަޑުމޮޅިކަމާއި ބިރުވެރިކަމާއިއެކު ކިޔަމަންވެތިބެ ނަމާދުކޮށް ޒަކާތްދޭ މީހުންނެވެ. / އަދި މިއާޔަތުގެ تفسير ލިއުއްވި ބައެއް مشهور ބޭކަލުން އެހެން ނުގުތާއެއް ފާހަގަކުރައްވާފައިވެއެވެ. އެއީ: عَلىّ رضى ﷲ عنه ركوع ގައި އޮންނަވަނިކޮށް މީހަކު އައިސް ސަލާމްޖެހުމުން ركوع ގައި އޮންނަވާފައި އެކަލޭގެފާނުންގެ އަގޮޓިފުޅު އެމީހާއަށް صدقاة އަކަށް ދެއްވިއެވެ. މިއެވެ. މިއާޔަތުގައި މިވަނީ އެވާހަކަކަމުގައި مفسّر ން ލިއުއްވިއެވެ. = تفسيرالطبري =
-
5:56
وَمَن يَتَوَلَّ ٱللَّهَ وَرَسُولَهُۥ وَٱلَّذِينَ ءَامَنُوا۟ فَإِنَّ حِزْبَ ٱللَّهِ هُمُ ٱلْغَـٰلِبُونَ
Wa-mañy yatawallal laaha wa-Rasoolahoo wallaẓeena ʹaamanoo faʹinna Ḥizbal laahi humul g̣aaliboon.
އަދި ﷲ އާއި އެކަލާނގެ رسول އާ އާއި އަދި އީމާންވީމީހުން އެއީ ތިމާމެންގެ ولِى ންކަމުގައި ބަލައި ހަމަޖައްސައިފިބަޔަކު (ދަންނައެވެ! އެއީ ގަދަވާނެ މީހުންނެވެ. އެއީ ﷲ ގެ جماعة އެވެ.) ފަހެ ހަމަކަށަވަރުން ﷲ ގެ جماعة އެއީ ކަނޑައެޅިގެން ގަދަވާނެ މީހުންނެވެ.
-
5:57
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ ٱلَّذِينَ ٱتَّخَذُوا۟ دِينَكُمْ هُزُوًا وَلَعِبًا مِّنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلِكُمْ وَٱلْكُفَّارَ أَوْلِيَآءَ ۚ وَٱتَّقُوا۟ ٱللَّهَ إِن كُنتُم مُّؤْمِنِينَ
Yaaaʹayyuhal laẓeena ʹaamanoo laa- tattakhiẓul laẓeenat takhaẓoo Deenakum huzuwañw walaʻibam minal laẓeena ʹootul Kitaaba miñ q̣ablikum walkuffaara ʹawliyaaaʹ. Wattaq̣ul laaha ʹiñ kuñtum Muʹmineen.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެ ކުރިން ފޮތްދެއްވުނުމީހުންކުރެ - އެބަހީ يهودي ންނާއި نصارى އިންކުރެ ކަލޭމެން مؤمن ންގެ دين އެއީ ބޭކާރު އަދި ކުޅިވަރު އެއްޗެއްކަމުގައި ތާކުންތާކުނުޖެހޭ އެއްޗެއްކަމުގައި ހަދައިލިމީހުންނާ އަދި ސީދާ ކާފަރުން އެއީ ތިމާމެންގެ ސަހަރޯވެރި نصر ވެރިންކަމުގައި ކަލޭމެން مؤمن ން ނުހަދާށެވެ! އެމީހުން إختيار ނުކުރާށެވެ! އަދި ކަލޭމެންނީ مؤمن ންކަމުގައިވަންޏާ ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! تقوى ވެރިވާށެވެ! (އެމީހުންނީ ތިމާމެންގެ ސަހަރޯވެރިންކަމުގައި ނުހަދާށެވެ!)
-
5:58
وَإِذَا نَادَيْتُمْ إِلَى ٱلصَّلَوٰةِ ٱتَّخَذُوهَا هُزُوًا وَلَعِبًا ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْقِلُونَ
Wa-ʹiẓaa naadaytum ʹilaṣ Ṣalaatit takhaẓoohaa huzuwañw walaʻibaa; ẓaalika biʹannahum q̣awmul laa yaʻq̣iloon.
(އޭ مؤمن ންނޭވެ!) ކަލޭމެން ނަމާދަށް (ބަންގި) ގޮވައިފިއްޔާ އެމީހުން (އެބަހީ: يهودي ންނާއި نصارى އިންނާ ދެންވެސް އެހެނިހެން مشرك ން) ކަލޭމެން އެގޮވި ބަންގިޔާމެދު ބަލަނީ ކުޅިވަރު އަދި ބޭކާރު އެއްޗެއްގެގޮތުގައެވެ. އެގޮތަށް އެމީހުން އެކަން އެކުރަނީ އެމީހުންނަކީ ބޮލަށް އެއްޗެއް ނުވިސްނޭ - އަދި ބުއްދީގެ ބޭނުން ނުކުރާ ބަޔަކުކަމުގައިވާތީއެވެ. (އެހެނީ ބަންގިގޮވީމާ ނަމާދަށް ދިއުމުގައިހުރި ދަރުމަޔާ ސަވާބު އެނގޭނަމަ އަދި އެކަމަށް މަލާމާތްކޮށް ފުރައްސާރަކުރުމުގައި ހުރި عذاب އެމީހުންނަށް އެނގޭނަމަ އެމީހުން އެހެން ނުހެދީހެވެ.)
-
5:59
قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ هَلْ تَنقِمُونَ مِنَّآ إِلَّآ أَنْ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيْنَا وَمَآ أُنزِلَ مِن قَبْلُ وَأَنَّ أَكْثَرَكُمْ فَـٰسِقُونَ
Q̣ul yaaaʹAhlal Kitaabi hal tañq̣imoona minnaaa ʹillaaa ʹan ʹaamannaa billahi wa-maaa ʹuñzila ʹilaynaa wa-maaa ʹuñzila miñ q̣ablu wa-ʹanna ʹaks̤arakum faasiq̣oon?
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އޭމިތިބަ أهل كتاب ންނޭވެ! ކަލޭމެން އަހުރެމެންދެކެ ނުރުހެނީ ނުވަތަ ރުޅިއަންނަނީ އަހުރެމެން ﷲ އަށާއި އަދި އަހުރެމެންނަށް ބާވައިލެއްވި ތަކެއްޗަށާއި އަދި އަހުރެމެންގެ ކުރީ ބާވައިލެއްވުނު ތަކެއްޗަށް އަހުރެމެން إيمان ވާތީކަމުގައިމެނުވީ ނުވެއެވެ. އަދި ހަމަކަށަވަރުން ކަލޭމެންކުރެ ގިނަމީހުންނަކީ فاسق ންނެވެ.
-
5:60
قُلْ هَلْ أُنَبِّئُكُم بِشَرٍّ مِّن ذَٰلِكَ مَثُوبَةً عِندَ ٱللَّهِ ۚ مَن لَّعَنَهُ ٱللَّهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ ٱلْقِرَدَةَ وَٱلْخَنَازِيرَ وَعَبَدَ ٱلطَّـٰغُوتَ ۚ أُو۟لَـٰٓئِكَ شَرٌّ مَّكَانًا وَأَضَلُّ عَن سَوَآءِ ٱلسَّبِيلِ
Q̣ul hal ʹunabbiʹukum̃ bisharrim miñ ẓaalika mas̤oobatan ʻiñdal laah? Mal laʻanahul laahu wa-g̣aḍiba ʻalayhi wa-jaʻala min-humul q̣iradata wal-khanaazeera wa-ʻabadaṭ Ṭaag̣oot; ʹulaaaʹika sharrum makaañaw waʹaḍallu ʻañ sawaaaʹis sabeel!
ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ގެ حضرة ގައި جزاء ދެއްވުމުގެގޮތުން އެއަށްވުރެ މާނުބައިކަމެއްގެ ވާހަކައިން އަހުރެން ކަލޭމެނަށް خبر ދެންހެއްޔެވެ؟ އެމީހަކަށް ﷲ لعنة ލެއްވިމީހެއްގެ لعنة މާނުބައެވެ. އެމީހާ މާނުބައެވެ. އަދި އެމީހަކަށް ﷲ ކޯފާލެއްވި މީހާ މާނުބައެވެ. އަދި އެމީހުންގެތެރެއިން ރާމާމަކުނާއި އޫރުންކަމުގައި (އެގޮތަށް އެސިފަޔަށް) އެކަލާނގެ އެމީހުންގެ ސިފަ ބަދަލުކުރެއްވި މީހުންވެއެވެ. އަދި އެމީހުންގެ ތެރޭގައި طاغوت އަށް އަޅުކަންކުރިމީހުން އެތަކެއްޗަށް خدمة ކުރިމީހުން އެކަލާނގެ ލެއްވިއެވެ. (މިއީ ހައްތާވެސް يهودي ންގެ މީސްމީހުންނެވެ. އެއީ އެމީހުންގެ ނުކިޔަމަންތެރިކަމުން އެމީހުންނަށް ﷲ ލެއްވި ކޯފާއެވެ. އޭގެ އަސަރެވެ.) ފަހެ މިމީސްމީހުން قيامة ދުވަހުން އެމީހުން ތިބެންޖެހޭތަނުގެ ގޮތުން މާނުބައެވެ. (އެއީ ނަރަކައެވެ.) އަދި މަގުގެގޮތުން އެމީހުން ފުރެދުންމާބޮޑެވެ.
-
5:61
وَإِذَا جَآءُوكُمْ قَالُوٓا۟ ءَامَنَّا وَقَد دَّخَلُوا۟ بِٱلْكُفْرِ وَهُمْ قَدْ خَرَجُوا۟ بِهِۦ ۚ وَٱللَّهُ أَعْلَمُ بِمَا كَانُوا۟ يَكْتُمُونَ
Wa-ʹiẓaa jaaaʹookum q̣aalooo ʹaamannaa wa-q̣ad dakhaloo bilkufri wa-hum q̣ad kharajoo bih. Wallaahu ʹaʻlamu bimaa kaanoo yaktumoon.
އަދި އެމީހުން ކަލޭމެން ގާތައް އަތުވެއްޖެއްޔާ ބުނެއެވެ. އަހުރެމެން އީމާންވެއްޖައީމެވެ. އަދި އެމީހުން އެހެންބުނެ (ކަލޭމެންގެގާތަށް) އައިއިރުވެސް އެމީހުންގެ ހިތުގައި ކާފަރުކަން ވަންހަނާވެގެންވެއެވެ. އަދި ހަމަކަށަވަރުން އެމީހުން (ކަލޭމެންގާތުން) ނުކުމެގެންދިޔައީވެސް ކާފަރުކަމުގައެވެ. އަދި އެމީހުންގެ ހިތްތަކުގައި ވަންހަނާކުރާކަމުގައި ވީކަންތައް (އެބަހީ ކާފަރުކަން) ﷲ ދެނެވޮޑިގަތުން ބޮޑެވެ.
-
5:62
وَتَرَىٰ كَثِيرًا مِّنْهُمْ يُسَـٰرِعُونَ فِى ٱلْإِثْمِ وَٱلْعُدْوَٰنِ وَأَكْلِهِمُ ٱلسُّحْتَ ۚ لَبِئْسَ مَا كَانُوا۟ يَعْمَلُونَ
Wa-taraa kas̤eeram minhum yusaariʻoona fil ʹis̤mi walʻudwaani waʹaklihimus suḥt; labiʹsa maa- kaanoo yaʻmaloon!
އަދި އެމީހުންކުރެ ގިނަބަޔަކު (އެބަހީ يهودي ންކުރެ ގިނަމީހުން) ފާފަކުރުމުގައްޔާއި عداوة ތެރިވުމުގައްޔާއި އަދި رشوة ކެއުމުގައި އަވަސްވެގަންނާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. ހަމަކަށަވަރުންވެސް އެމީހުން އެކުރާ ކަންތައްތަކަކީ ނުބައިވެގެންވާ ކަންތައްތަކެއްކަން ކަށަވަރެވެ.
-
5:63
لَوْلَا يَنْهَىٰهُمُ ٱلرَّبَّـٰنِيُّونَ وَٱلْأَحْبَارُ عَن قَوْلِهِمُ ٱلْإِثْمَ وَأَكْلِهِمُ ٱلسُّحْتَ ۚ لَبِئْسَ مَا كَانُوا۟ يَصْنَعُونَ
Law-laa yanhaahumur Rabbaaniyyoona wal-ʹaḥbaaru ʻañ q̣awlihimul ʹis̤ma wa-ʹaklihimus suḥt? Labiʹsa maa- kaanoo yaṣnaʻoon.
އެމީހުންގެ ބޮޑެތި إمام ންނާއި އެމީހުންގެ عَالِمُ ން އެމީހުންގެ އެފާފަވެރި ބަސްބުނުމުންނާއި އަދި އެމީހުންގެ އެ رشوة ކެއުމުން އެމީހުން މަނާ ނުކުރާނަމަ ހަމަކަށަވަރުން އެމީހުން އެކުރަނީ (އެބަހީ އެބޮޑެތި إمام ންނާއި عَالِمُ ން އެކުރަނީ) ނުބައިވެގެންވާ ކަންތައްތައްކަން ކަށަވަރެވެ.
-
5:64
وَقَالَتِ ٱلْيَهُودُ يَدُ ٱللَّهِ مَغْلُولَةٌ ۚ غُلَّتْ أَيْدِيهِمْ وَلُعِنُوا۟ بِمَا قَالُوا۟ ۘ بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَآءُ ۚ وَلَيَزِيدَنَّ كَثِيرًا مِّنْهُم مَّآ أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَـٰنًا وَكُفْرًا ۚ وَأَلْقَيْنَا بَيْنَهُمُ ٱلْعَدَٰوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۚ كُلَّمَآ أَوْقَدُوا۟ نَارًا لِّلْحَرْبِ أَطْفَأَهَا ٱللَّهُ ۚ وَيَسْعَوْنَ فِى ٱلْأَرْضِ فَسَادًا ۚ وَٱللَّهُ لَا يُحِبُّ ٱلْمُفْسِدِينَ
Wa-q̣aalatil Yahoodu yadul laahi mag̣loolah. G̣ullat ʹaydeehim wa-luʻinoo bimaa q̣aalu. Bal Yadaahu mabsooṭataani yuñfiq̣u kayfa yashaaaʹ. Wa-la-yazeedanna kas̤eeram minhum maaa uñzila ʹilayka mir Rabbika ṭug̣yaanañw wakufraa. Wa-ʹalq̣aynaa baynahumul ʻadaawata wal-bag̣ḍaaaʹa ʹilaa Yawmil Q̣iyaamah. Kullamaaa ʹawq̣adoo naaral lilḥarbi ʹaṭfaʹahal laahu wa-yasʻawna fil ʹarḍi fasaadaa. Wal-laahu laa- yuḥibbul mufsideen.
އަދި يهودي ން ބުނެއެވެ. ﷲ ގެ އަތްޕުޅުވަނީ ހޭދަނުކުރައްވަންވެގެން ކަސްތަޅު އެޅެވި ބަންދުކުރެވިފައެވެ. (އެބަހުން އެމީހުން مُراد ކުރަނީ ﷲ بَخِيْلُ ކަމުގައެވެ.) އެމީހުންގެ އަތްތައް ކަސްތަޅު އެޅެވިއްޖެއެވެ. (އެބަހުން މުރާދުކުރެވެނީ އެމީހުން بَخِيْلُ ކުރެއްވުމަށް ވާ دعاء އެއްކަމަށެވެ. ނުވަތަ ދުނިޔޭގައި އެމީހުން ހައްޔަރުވެ އެމީހުންގެ އަތްތައް ކަސްތަޅުއެޅޭނެ ވާހަކަޔާ آخرة ދުވަހުން އެމީހުންގެ އަތްތައް عذاب ން ކަސްތަޅުއެޅެވޭނެ ވާހަކައެވެ. والله أعلم)\nއަދި ކިއެއްހެއްޔެވެ؟ އެކަލާނގެ އަތްޕުޅުވަނީ (ހޭދަކުރެއްވުމުގެގޮތުން) މުޅިން ފަތުރާލާ ނިއުޅާލާފައެވެ. އެކަލާނގެ އެދިވޮޑިގެންނެވި ފަރާތަކަށް އެދިވޮޑިގެންނެވިފަދައަކުން އެކަލާނގެ ހޭދަކުރައްވައެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ ގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވޭތަކެތީގެ ސަބަބުން އެމީހުންކުރެ ގިނަމީހުންނަށް ހަމަކަށަވަރުން އިތުރުވެގެންދަނީ إنْكَارُ ކުރުމުގައި ހައްދުފަހަނަޅައިދިއުމާއި ﷲ ގެ މާތްކަމާއި މަތިވެރިކަމަށް ދެކޮޅުހެދުމެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންގެމެދުގައި (އެބަހީ يهودي ންނާއި نصارى އިންގެމެދުގައި) عداوة ތެރިކަމާއި ރުޅިވެރިކަން قيامة ދުވަހަށްދާންދެން ލެއްވީމެވެ. އެމީހުން ހަނގުރާމައިގެ އަލިފާންގަނޑެއް ރޯކޮށްލާ ކޮންމެހިނދެއްގައި ﷲ އެ އަލިފާންގަނޑެއް ނިއްވަވައިލައްވައެވެ. އަދި އެމީހުން ބިންގަނޑު ފަސާދަކުރުމަށް މަސައްކަތްކުރަނީއެވެ. (އެއީ ﷲ ގެ އާޔަތްތަކަށް ކާފަރުވުމާއި އަދި ރަސޫލުބޭކަލުން ދޮގުކުރުމާއި އަދި އެކަލާނގެ أمر އާއި ނަހީއާއި خلاف ވުމެވެ. އެއީ ބިންފަސާދަކުރުމެވެ.) އަދި ފަސާދަކުރާމީހުންނަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.
-
5:65
وَلَوْ أَنَّ أَهْلَ ٱلْكِتَـٰبِ ءَامَنُوا۟ وَٱتَّقَوْا۟ لَكَفَّرْنَا عَنْهُمْ سَيِّـَٔاتِهِمْ وَلَأَدْخَلْنَـٰهُمْ جَنَّـٰتِ ٱلنَّعِيمِ
Wa-law ʹanna ʹAhlal Kitaabi ʹaamanoo wattaq̣aw lakaffarnaa ʻanhum sayyiʹaatihim walaʹadkhalnaahum Jannaatin Naʻeem.
އަދި ހަމަކަށަވަރުން يهودي ންނާއި نصارى އިން (ﷲ އަށާ محمّد ﷺ އަށް) އީމާންވެ (އެކަލާނގެ أمر ފުޅުތަކާއި ނަހީތަކަށް) ރައްކާތެރިވެ تقوى ވެރިވީނަމަ ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ ފާފަތައް ފުއްސަވައި އެމީހުންގެ ކިބައިން އެކަންކަން ނެތިކުރައްވާހުށީމެވެ. އަދި ހަމަކަށަވަރުން نعمة ތަކުގެ ވެރި ސުވަރުގެތަކަށް ތިމަންރަސްކަލާނގެ އެމީހުން ވައްދަވާހުށީމެވެ.
-
5:66
وَلَوْ أَنَّهُمْ أَقَامُوا۟ ٱلتَّوْرَىٰةَ وَٱلْإِنجِيلَ وَمَآ أُنزِلَ إِلَيْهِم مِّن رَّبِّهِمْ لَأَكَلُوا۟ مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِم ۚ مِّنْهُمْ أُمَّةٌ مُّقْتَصِدَةٌ ۖ وَكَثِيرٌ مِّنْهُمْ سَآءَ مَا يَعْمَلُونَ
Wa-law ʹannahum ʹaq̣aamut Tawraata wal-ʹIñjeela wa-maaa ʹuñzila ʹilayhim mir Rabbihim laʹakaloo miñ fawq̣ihim wa-miñ taḥti ʹarjulihim. Minhum ʹummatum muq̣taṣidah: wa-kas̤eerum minhum saaʹa maa- yaʻmaloon.
އަދި އެމީހުން ހަމަކަށަވަރުން توراة އާއި إنجيل އާއި قائم ކުރިނަމަ (އެދެފޮތުގައިވާފަދައަކުން عمل ކުރިނަމަ އަދި އެމީހުންގެ ربّ ގެ حضرة ން އެމީހުންނަށް ބާވައިލައްވާފައިވާ ތަކެއްޗަށްވެސް (އެބަހީ މި ކީރިތި قرآن އަށްވެސް) އެމީހުން عمل ކުރިނަމަ އެމީހުންގެ މަތީންނާއި އަދި އެމީހުންގެ ފައިގެދަށުންވެސް އެމީހުން ކެއީހެވެ. (އެބަހީ އެމީހުންނަށްވާ ރިޒުގުގެ أصل ކަމުގައިވާ ވާރޭފެން އެމީހުންނަށް ވެހި ބިމުގެ އެންމެހައި خَيْرَات ތަކެއް އެމީހުންނަށް ލިބުނީހެވެ.) އެމީހުންގެތެރޭގައި (عيسى عليه السّلام އާއިމެދުވެސް) ތެދުބަސްބުނާ عدل ވެރި މީހުންވެއެވެ. އަދި އެމީހުންކުރެ ގިނަމީހުން އެކުރާ ކަންތައް ނުބައިވެގެންވެއެވެ.
-
5:67
۞ يَـٰٓأَيُّهَا ٱلرَّسُولُ بَلِّغْ مَآ أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُۥ ۚ وَٱللَّهُ يَعْصِمُكَ مِنَ ٱلنَّاسِ ۗ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْكَـٰفِرِينَ
Yaaaʹayyuhar Rasoolu ballig̣ maaa ʹuñzila ʹilayka mir Rabbik. Wa-ʹil lam tafʻal famaa ballag̣ta Risaalatah. Wallaahu yaʻṣimuka minan naas. ʹInnal laaha laa- yahdil q̣awmal Kaafireen.
އޭ رسول އާއެވެ! - محمّد ﷺ އެވެ! ކަލޭގެފާނުންގެ ربّ ގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވޭތަކެތި ކަލޭގެފާނު އިއްވަވާށެވެ! (رسول ކަން އަދާކުރައްވާށެވެ!) ކަލޭގެފާނު ފަހެ އެކަން ނުކުރެއްވިއްޔާ (އެންމެ އާޔަތެއް އެންމެ أمر ފުޅެއްވެސް ނުއިއްވަވައި ވަންހަނާކުރައްވައިފިއްޔާ) ކަލޭގެފާނު އެކަލާނގެ رسول ކަން ނުއިއްވަމުއެވެ. އަދި ﷲ تعالى މީސްތަކުންގެ ކިބައިން (މީސްތަކުންގެ ނުރައްކަލުން) ކަލޭގެފާނު ސަލާމަތްކޮށްދެއްވާނެއެވެ. ހަމަކަށަވަރުން ކާފަރުވެއްޖެބަޔަކަށް ﷲ تعالى ތެދުމަގު ނުދައްކަވައެވެ.
-
5:68
قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ لَسْتُمْ عَلَىٰ شَىْءٍ حَتَّىٰ تُقِيمُوا۟ ٱلتَّوْرَىٰةَ وَٱلْإِنجِيلَ وَمَآ أُنزِلَ إِلَيْكُم مِّن رَّبِّكُمْ ۗ وَلَيَزِيدَنَّ كَثِيرًا مِّنْهُم مَّآ أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَـٰنًا وَكُفْرًا ۖ فَلَا تَأْسَ عَلَى ٱلْقَوْمِ ٱلْكَـٰفِرِينَ
Q̣ul yaaaʹAhlal Kitaabi lastum ʻalaa shayʹin ḥattaa tuq̣eemut Tawraata wal-ʹIñjeela wa-maaa ʹuñzila ʹilaykum mir Rabbikum. Wa-layazeedanna kas̤eeram minhum maaa uñzila ʹilayka mir Rabbika ṭug̣yaanañw wakufraa. Falaa taʹsa ʻalal Q̣awmil Kaafireen.
އޭ رسول ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އޭ يهودي ންނާއި نصارى އިންނެވެ. توراة އާއި إنجيل އާއި އަދި ކަލޭމެންގެ ربّ ގެ حضرة ން ކަލޭމެނަށް ބާވައިލެއްވޭ ތަކެއްޗަށްވެސް (އެބަހީ محمّد ﷺ އަށް ބާވައިލެއްވޭ ތަކެއްޗަށްވެސް) ކަލޭމެން އީމާންވެ عمل ކޮށްފުމަށް ދާންދެން ކަލޭމެން އެދެފޮތަށް عمل ކުރިބަޔަކު ކަމުގައި ނުވެއެވެ. (އެހެނީ އެދެފޮތުގައި محمّد ﷺ ގެ خبر ތައް صريح ކޮށްވާނެއެވެ. ވީމާ އެހުރިހާ ތަކެއްޗަށް عمل ކޮށްފުމަށްދާންދެން ކަލޭމެން އެއްވެސް ފޮތެއްގެ هداية ގައިވީކަމަކަށް ނުބެލެވޭނެއެވެ.) އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ ގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވޭތަކެތީގެ ސަބަބުން އެމީހުންކުރެ ގިނަބަޔަކަށް އިންކާރުކުރުމާ ނުކިޔަމަންތެރިވުމުގައި ހައްދުފަހަނަޅައިގަތުމާއި މެނުވީ އިތުރު ނުވެއެވެ. ﷲ އަށް ދެކޮޅުހަދައި ކާފަރުވުން އިތުރުވާކަން ކަށަވަރެވެ. ކާފަރު ބައެއްގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ.
-
5:69
إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلصَّـٰبِـُٔونَ وَٱلنَّصَـٰرَىٰ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَعَمِلَ صَـٰلِحًا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
ʹInnal laẓeena ʹaamanoo wallaẓeena haadoo waṣ-Ṣaabiʹoona wan-Naṣaaraa man ʹaamana billaahi wal-Yawmil ʹAakhiri wa-ʻamila ṣaaliḥañ falaa khawfun ʻalayhim wa-laa hum yaḥzanoon.
އަދި ހަމަކަށަވަރުން إيمان ވީމީހުންނާއި އަދި يهودي ވީ މީހުންނާއި صابئ އިންނާއި (އެއީ ملائكة ންނަށް އަޅުކަންކުރި މީހުންނެވެ. / ނުވަތަ دين އެއް ނެތް މީހުންނެވެ.) އަދި نصارى އިންނާއި މިއެންމެންވެސް ﷲ އަށާއި آخرة ދުވަހަށް އީމާންވެ އަދި صالح عمل ކޮށްފިނަމަ އެމީހުންގެމައްޗަށް އެއްވެސްބިރެއް ނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް އެމީހުން ނުވެއެވެ. • ދަންނައެވެ. محمّد ﷺ رسول ކަމާއިގެން ފޮނުއްވުމަށްފަހު މިއެންމެންވެސް އީމާންވީކަމުގައި ބެލެވޭނީ އެކަލޭގެފާނުންގެ رسول ކަން ތެދުކޮށް އެކަލޭގެފާނަށް އީމާންވުމުންނެވެ.
-
5:70
لَقَدْ أَخَذْنَا مِيثَـٰقَ بَنِىٓ إِسْرَٰٓءِيلَ وَأَرْسَلْنَآ إِلَيْهِمْ رُسُلًا ۖ كُلَّمَا جَآءَهُمْ رَسُولٌۢ بِمَا لَا تَهْوَىٰٓ أَنفُسُهُمْ فَرِيقًا كَذَّبُوا۟ وَفَرِيقًا يَقْتُلُونَ
Laq̣ad ʹakhaẓnaa Mees̤aaq̣a Baneee ʹIsraaaʹeela wa-ʹarsalnaaa ʹilayhim rusulaa. Kullamaa jaaʹahum Rasoolum bimaa laa- tahwaaa ʹañfusuhum fareeq̣añ kaẓẓaboo wa-fareeq̣añy yaq̣tuloon.
ހަމަކަށަވަރުން بني إسرائيل ގެ ކިބައިން ތިމަންރަސްކަލާނގެ عهد ކަށަވަރު ހިއްޕެވީމެވެ. (ތިމަންރަސްކަލާނގެ އެއްކައުވަންތަކުރުމަށާއި އަމުރާ ނަހީއަށް ކިޔަމަންތެރިވުމުގެ މައްޗަށެވެ.) އަދި ތިމަންރަސްކަލާނގެ އެމީހުންގެގާތަށް رسول ން ފޮނުއްވީމެވެ. (ދެންފަހެ) އެމީހުންގެ هواى نفس ނުއެދޭ ކަމަކާއިގެން رسول ބޭކަލަކު ވަޑައިގެންނެވި ކޮންމެހިނދެއްގައި އޭގެ އެއްބަޔަކު އެ رسول ގެ رسول ކަން ދޮގުކުރެއެވެ. އަދި އަނެއްބަޔަކު އެ رسول އާ قتل ކުރެއެވެ.
-
5:71
وَحَسِبُوٓا۟ أَلَّا تَكُونَ فِتْنَةٌ فَعَمُوا۟ وَصَمُّوا۟ ثُمَّ تَابَ ٱللَّهُ عَلَيْهِمْ ثُمَّ عَمُوا۟ وَصَمُّوا۟ كَثِيرٌ مِّنْهُمْ ۚ وَٱللَّهُ بَصِيرٌۢ بِمَا يَعْمَلُونَ
Waḥasibooo ʹallaa takoona fitnatuñ faʻamoo waṣammoo s̤umma taabal laahu ʻalayhim s̤umma ʻamoo waṣammoo kas̤eerum minhum. Wallaahu Baṣeerum bimaa yaʻmaloon.
އަދި އެމީހުން ހީކުރީ އެމީހުންނަށް (އެކަމުގެ ސަބަބުން) އެއްވެސް إمتحان އެއް عقوبة އެއް ނާންނާނެކަމަށެވެ. ފަހެ އެމީހުން حقّ މަގުން ކަނުވެ އަނދިރިވެ (ތެދުމަގުގެ كلمة އެއް) ނުއިވޭނޭގޮތުން ބީރުބަޔަކުކަމުގައި (مَعْنَوِى ގޮތުން) ވެއްޖެއެވެ. ދެން އަލުންވެސް (ތިމަންރަސްކަލާނގެ އޯގާވަންތަކަމުން) އެމީހުންނަށް توبة ލެއްވީމެވެ. ދެން އަލުންވެސް އޭގެތެރެއިން ގިނަމީހުން ކަނުވެ ބީރުވެއްޖެއެވެ. (ތެދުމަގަކަށް ނުބަލައި حقّ ބަހެއް ނުއެހިއެވެ.) އަދި އެމީހުން އެކުރާ ކަންތައް ﷲ ދެނެވޮޑިގެންވެއެވެ.
-
5:72
لَقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ هُوَ ٱلْمَسِيحُ ٱبْنُ مَرْيَمَ ۖ وَقَالَ ٱلْمَسِيحُ يَـٰبَنِىٓ إِسْرَٰٓءِيلَ ٱعْبُدُوا۟ ٱللَّهَ رَبِّى وَرَبَّكُمْ ۖ إِنَّهُۥ مَن يُشْرِكْ بِٱللَّهِ فَقَدْ حَرَّمَ ٱللَّهُ عَلَيْهِ ٱلْجَنَّةَ وَمَأْوَىٰهُ ٱلنَّارُ ۖ وَمَا لِلظَّـٰلِمِينَ مِنْ أَنصَارٍ
Laq̣ad kafaral laẓeena q̣aalooo ʹinnal laaha Huwal Maseeḥub nu Maryam. Wa-q̣aalal Maseeḥu yaa-baneee ʹIsraaaʹeelaʻ U’budul laaha Rabbee wa-Rabbakum. ʹInnahoo mañy yushrik billaahi faq̣ad ḥarramal laahu ʻalayhil Jannata wa-maʹwaahun Naar. Wa-maa liz̤̣z̤̣aalimeena min ʻañṣaar.
ހަމަކަށަވަރުން ﷲ އެއީ مريم ގެ ދަރިކަލުން اَلْمَسِيْحُ އޭ (عيسى ގެފާނޭ) ބުނިމީހުން يقين ނުންވެސް ކާފަރުވެއްޖެއެވެ. އަދި اَلْمَسِيْحُ يعني: عيسى (عليه السّلام) ވިދާޅުވިއެވެ. އޭ بني إسرائيل ންނޭވެ. ތިމަންކަލޭގެފާނާއި އަދި ކަލޭމެންގެވެސް رَبُّ ކަމުގައިވާ ﷲ އަށް ކަލޭމެން އަޅުކަންކުރާށެވެ. ހަމަކަށަވަރުން ﷲ އަށް شريك ކޮށްފިމީހާ (ދަންނައެވެ.) ފަހެ އެމީހާގެ މައްޗަށް ﷲ ސުވަރުގެ حرام ކުރެއްވިއެވެ. އަދި އޭނާ قيامة ދުވަހުން ގޮސް އޮންނާނޭ ތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް އެއްވެސް نصر ވެރިއެއް ނުވެއެވެ.
-
5:73
لَّقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ ثَالِثُ ثَلَـٰثَةٍ ۘ وَمَا مِنْ إِلَـٰهٍ إِلَّآ إِلَـٰهٌ وَٰحِدٌ ۚ وَإِن لَّمْ يَنتَهُوا۟ عَمَّا يَقُولُونَ لَيَمَسَّنَّ ٱلَّذِينَ كَفَرُوا۟ مِنْهُمْ عَذَابٌ أَلِيمٌ
Laq̣ad kafaral laẓeena q̣aalooo ʹinnal laaha S̤aaliṣu S̤alaas̤ah. Wa-maa min ʹilaahin ʹillaaa ʹIlaahuñw Waaḥid. Wa-ʹil lam yañtahoo ʻammaa yaq̣ooloona layamassannal laẓeena kafaroo minhum ʻaẓaabun ʹaleem.
ހަމަކަށަވަރުން ﷲ އެއީ ތިނެއްގެތެރެއިން ތިންވަނައެވެ ބުނިމީހުން ކާފަރުވެއްޖެއެވެ. (نصارى އިންގެ ބައެއް فِرْقَة ދެކޭ ގޮތުގައި ﷲ އެއީ = سُبْحَانَهُ وَتَعَالى އާއި عيسى عليه السّلام އާއި مريم ގެފާނެވެ. އަދި މިނޫންގޮތްގޮތަށް ބުނާ فِرْقَة ވެސް ވެއެވެ.) އަދި ހަމަ އެންމެ إله އެއްމެނުވީ އެހެން އެއްވެސް إله އެއް ނުވެއެވެ. (އެއީ ﷲ އެވެ.) އަދި އެމީހުން އެބުނާ ބަސްބުނުމުން އެމީހުން ހުއްޓައިނުލިއްޔާ (އެމީހުން އެއީ ކާފަރުންކަމުގައި ބެލެވޭނެއެވެ.) އެމީހުންގެތެރެއިން ކާފަރުވީ މިސްތަކުންނަށް ހަމަކަށަވަރުން ވޭންދެނިވި عذاب އެއް ޖެހޭނެކަން ކަށަވަރެވެ.
-
5:74
أَفَلَا يَتُوبُونَ إِلَى ٱللَّهِ وَيَسْتَغْفِرُونَهُۥ ۚ وَٱللَّهُ غَفُورٌ رَّحِيمٌ
ʹAfalaa yatooboona ʹilal laahi wa-yastag̣firoonah? Wallaahu G̣afoorur Raḥeem.
އެމީހުން ފަހެ ﷲ އަށް توبة ވެ އެކަލާނގެ حضرة އަށް رجوع ނުވާނެ ބާވައެވެ؟ އަދި އެކަލާނގެ حضرة ގައި ފާފަފުއްސެވުމަށް ނުދަންނަވާނެ ބާވައެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުކަލާނގެއެވެ.
-
5:75
مَّا ٱلْمَسِيحُ ٱبْنُ مَرْيَمَ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ وَأُمُّهُۥ صِدِّيقَةٌ ۖ كَانَا يَأْكُلَانِ ٱلطَّعَامَ ۗ ٱنظُرْ كَيْفَ نُبَيِّنُ لَهُمُ ٱلْـَٔايَـٰتِ ثُمَّ ٱنظُرْ أَنَّىٰ يُؤْفَكُونَ
Mal maseeḥub nu maryama illaa rasool; q̣ad khalat miñ q̣ablihir rusul. Wa-ʹummuhoo S̤iddeeq̣ah. Kaanaa yaʹ-kulaaniṭ ṭaʻaam. ʹUñz̤̣ur kayfa nubayyinu lahumul ʹaayaati s̤ummañ z̤̣ur annaa yuʹfakoon!
مريم ގެފާނުންގެ ދަރިކަލުން المَسِيْح އެއީ ހަމަ رسول ބޭކަލަކުކަމުގައި މެނުވީ ނުވެއެވެ. އެއީ އެކަލޭގެފާނުންގެ ކުރީ އިސްވެދިޔަ رسول ންފަދަ رسول އެކެވެ. އަދި އެކަލޭގެފާނުންގެ މަންމާފުޅަކީ ތެދުވެރި ބޭކަނބަލެކެވެ. صِدِّيْقَة އެކެވެ. އެދެމައިކަނބަލުންވެސް ކާނާ ފަރިއްކުޅުއްވައެވެ. (އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ އެމީހުންނަށް دليل ތައް ބަޔާންކޮށްދެއްވާގޮތް ނިކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ދެން އެބައިމީހުން ދޮގުހަދަމުންދާގޮތް (އެނބުރިދާގޮތް) ނިކަން ދެކެވަޑައިގަންނަވާށެވެ!
-
5:76
قُلْ أَتَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَمْلِكُ لَكُمْ ضَرًّا وَلَا نَفْعًا ۚ وَٱللَّهُ هُوَ ٱلسَّمِيعُ ٱلْعَلِيمُ
Q̣ul ʹataʻbudoona miñ doonil laahi maa- laa- yamliku lakum ḍarrañw walaa nafʻaa? Wallaahu Huwas Sameeʻul ʻAleem.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނަށް އެއްވެސް ގެއްލުމެއް އުނދަގުލެއް ނުދޭތަކެއްޗަށް އަދި މަންފާއެއްވެސް ކަލޭމެންނަށް ނުދޭ ތަކެއްޗަށް ﷲ ފިޔަވައި ކަލޭމެން އަޅުކަންކުރަނީހެއްޔެވެ؟ އަދި ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
5:77
قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ لَا تَغْلُوا۟ فِى دِينِكُمْ غَيْرَ ٱلْحَقِّ وَلَا تَتَّبِعُوٓا۟ أَهْوَآءَ قَوْمٍ قَدْ ضَلُّوا۟ مِن قَبْلُ وَأَضَلُّوا۟ كَثِيرًا وَضَلُّوا۟ عَن سَوَآءِ ٱلسَّبِيلِ
Q̣ul yaaaʹAhlal Kitaabi laa- tag̣loo fee Deenikum g̣ayral ḥaq̣q̣i wa-laa tattabiʻooo ʹahwaaaʹa q̣awmiñ q̣ad ḍalloo miñ q̣ablu wa-ʹaḍalloo kaseerañw waḍalloo ʻañ sawaaaʹis sabeel.
އޭ أَهْلُ كِتَاب ންނޭވެ! (އޭ يهودي ންނާއި نصارى އިންނޭވެ!) ކަލޭމެން ކަލޭމެންގެ دِيْنُ ގައި އެއްވެސް حقّ އެއްނެތި غُلُوُّ ނުކުރާށެވެ! (مَدَحَ ކިއުމުގައި ހައްދުފަހަނަޅައިގެން ނުދާށެވެ! (عيسى (عليه السّلام) އަކީ ﷲ އެއްނޫނެވެ. އެއީ ހަމަ ﷲ ފޮނުއްވި رسول ބޭކަލެކެވެ. حقّ ގޮތަކީ އެއީއެވެ.) އަދި މީގެކުރިން ހަމަކަށަވަރުން މަގުފުރެދިފައިވާ ބަޔަކުގެ هواى نفس އާއި އެމީހުންގެ އަމިއްލަ އެދުމާއި ކަލޭމެން تبع ނުވާށެވެ! އަދި އެމީހުން (އެމީހުންނާ تبع ވީ) އެތައްބަޔަކު މަގުފުރެއްދިއެވެ. އަދި އެމީހުން އަމިއްލައަށްވަނީ ސީދާމަގުން ފުރެދިފައެވެ.
-
5:78
لُعِنَ ٱلَّذِينَ كَفَرُوا۟ مِنۢ بَنِىٓ إِسْرَٰٓءِيلَ عَلَىٰ لِسَانِ دَاوُۥدَ وَعِيسَى ٱبْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ
Luʻinal laẓeena kafaroo mim baneee ʹIsraaaʹeela ʻalaa lisaani Daawooda wa-ʻEesab ni Maryam: ẓaalika bimaa ʻaṣaw Wakaanoo yaʻtadoon.
داؤد عليه السّلام އާއި عيسى عليه السّلام އާއި ދެބޭކަލުންގެ ދޫފުޅުމަތީން بني إسرائيل ންނަށް لعنة ލެވިއްޖެއެވެ. އެއީ އެމީހުންގެ އުރެދުމުގެ ސަބަބުންނާއި އަދި އެމީހުން ހައްދުފަހަނަޅައިގަތުމުގެ ސަބަބުންނެވެ.
-
5:79
كَانُوا۟ لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا۟ يَفْعَلُونَ
Kaanoo laa- yatanaahawna ʻam muñkariñ faʻalooh: Labiʹsa maa- kaanoo yafʻaloon!
އެމީހުންވީ އެމީހުންކުރާ مُنْكَرَاة ން ހުއްޓައިނުލާ އަދި އެހެންމީހުންކުރާ مُنْكَرَاة ނަހީނުކުރާބަޔަކު ކަމުގައެވެ. ހަމަކަށަވަރުން އެމީހުން ކުރާކަމުގައި އެވީ ކަންތަކަކީ ނުބައިވެގެންވާ ކަންތައްތައްކަން يقين އެވެ.
-
5:80
تَرَىٰ كَثِيرًا مِّنْهُمْ يَتَوَلَّوْنَ ٱلَّذِينَ كَفَرُوا۟ ۚ لَبِئْسَ مَا قَدَّمَتْ لَهُمْ أَنفُسُهُمْ أَن سَخِطَ ٱللَّهُ عَلَيْهِمْ وَفِى ٱلْعَذَابِ هُمْ خَـٰلِدُونَ
Taraa kas̤eeram minhum yatawallawnal laẓeena kafaroo. Labiʹsa maa- q̣addamat lahum ʹañfusuhum ʹañ sakhiṭal laahu ʻalayhim wa-fil ʻaẓaabi hum khaalidoon.
(އޭ رسول ﷲ އެވެ!) އެމީހުންކުރެ ގިނަމީހުން ކާފަރުންނަށް އެމީހުންގެ ސަހަރޯވެރިކަންދީ އެމީހުންނީ ތިމާމެންގެ نصر ވެރި ސަހަރޯވެރިންކަމުގައި ހަދާތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. ހަމަކަށަވަރުން އެމީހުންގެ نفس ތައް އެއިސްކުރިކަންތައް ނުބައިވެގެންވެއެވެ. އެއީ ﷲ ގެ ކޯފާ އެމީހުންގެމައްޗަށް ލެއްވުމެވެ. އަދި އެމީހުން قيامة ދުވަހުން ދެމިތިބޭނީ ހަމަ عذاب ގައެވެ.
-
5:81
وَلَوْ كَانُوا۟ يُؤْمِنُونَ بِٱللَّهِ وَٱلنَّبِىِّ وَمَآ أُنزِلَ إِلَيْهِ مَا ٱتَّخَذُوهُمْ أَوْلِيَآءَ وَلَـٰكِنَّ كَثِيرًا مِّنْهُمْ فَـٰسِقُونَ
Wa-law kaanoo yuʹminoona billaahi wan-nabiyyi wa-maaa ʹuñzila ʹilayhi mat takhaẓoohum ʹawliyaaaʹa wa-laakinna kas̤eeram minhum faasiq̣oon.
އަދި އެމީހުން ﷲ އަށާއި نبي އާ އަށާއި އަދި އެކަލޭގެފާނަށް ބާވައިލެއްވުނު ތަކެއްޗަށް އީމާންވާނަމަ އެއްގޮތަކަށްވެސް އެކާފަރުން އެއީ ތިމާމެންގެ ސަހަރޯވެރިންކަމުގައި ބަލައި إختيار ނުކުރީހެވެ. އަދި އެހެނެއްކަމަކު އެމީހުންކުރެ ގިނަމީހުންނަކީ فاسق ންނެވެ.