Back to Quran

ޖުޒްއު

Juz 4

3:93 ... 4:23 · 131 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

  1. Surah Ali 'ImranBegins here at 3:93

  2. 3:93

    ۞ كُلُّ ٱلطَّعَامِ كَانَ حِلًّا لِّبَنِىٓ إِسْرَٰٓءِيلَ إِلَّا مَا حَرَّمَ إِسْرَٰٓءِيلُ عَلَىٰ نَفْسِهِۦ مِن قَبْلِ أَن تُنَزَّلَ ٱلتَّوْرَىٰةُ ۗ قُلْ فَأْتُوا۟ بِٱلتَّوْرَىٰةِ فَٱتْلُوهَآ إِن كُنتُمْ صَـٰدِقِينَ

    Kulluṭ ṭaʻaami kaana ḥillal li-Baneee ʹIsraaaʹeela ʹillaa maa- ḥarrama ʹIsraaaʹeelu ʻalaa nafsihee miñ q̣abli ʹañ tunazzalat Tawraah. Q̣ul faʹtoo bit-Tawraati fatloohaaa ʹiñ kuñtum ṣaadiq̣een.

    تَوْرَاة ބާވައިލެއްވުމުގެކުރިން إسرائيل (يعني يعقوب عليه السّلام) އެކަލޭގެފާނު އަމިއްލަ نفس ފުޅަށް حرام ކުރެއްވި އެއްޗެއްމެނުވީ އެހެން ހުރިހާ ކާނާއެއް بني إسرائيل ގެމައްޗަށް حلال ވެގެންވެއެވެ. (އެކަލޭގެފާނު حرام ކުރެއްވި އެއްޗެއްކަމުގައިވަނީ جَمَلُ މަހާއި އޭގެ ކިރެވެ. އެއީ އެކަލޭގެފާނު ބައްލަވައިގެންނެވި نَذْر ފުޅެއްގެ ސަބަބުންކަމުގައި تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. والله أعلم) ފަހެ ކަލޭމެން بني إسرائيل ން ނިކަން توراة ގެނަސް ކިޔައިބަލާށެވެ. ކަލޭމެންނީ ތެދުވެރިންކަމުގައި ވަންޏާއެވެ. (ﷲ ގެމައްޗަށް ދޮގުތައް ނުހަދާށެވެ. توراة ބާވައިލެއްވުމުގެކުރިން بني إسرائيل ންމައްޗަށް ކާނާގެ އެއްޗެއް ﷲ حرام ނުކުރައްވައެވެ.)

  3. 3:94

    فَمَنِ ٱفْتَرَىٰ عَلَى ٱللَّهِ ٱلْكَذِبَ مِنۢ بَعْدِ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ

    Famanif taraa ʻalal laahil kaẓiba mim baʻdi ẓaalika faʹulaaaʹika humuz̤̣ z̤̣aalimoon.

    އަދި އެއަށްފަހު އެބަހީ توراة ގެނަސް ކަލޭމެން އެކިޔެވުމަށްފަހު ދެން ﷲ ގެމައްޗަށް ދޮގެއް އުފައްދައިގެންފިބަޔަކު ދަންނައެވެ. ފަހެ އެމީހުންނީ ކަނޑައެޅިގެން އަނިޔާވެރިންނެވެ.

  4. 3:95

    قُلْ صَدَقَ ٱللَّهُ ۗ فَٱتَّبِعُوا۟ مِلَّةَ إِبْرَٰهِيمَ حَنِيفًا وَمَا كَانَ مِنَ ٱلْمُشْرِكِينَ

    Q̣ul ṣadaq̣al laah: fattabiʻoo Millata ʹIbraaheema ḥaneefaa; wa-maa kaana minal mushrikeen.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ބާވައިލެއްވީ ހަމަ حقّ ތެދުވާހަކައެވެ. (إسرائيل ގެ މައްޗަކަށްވެސް އަދި އެކަލޭގެފާނުންގެ ދަރިންގެމައްޗަކަށްވެސް ކަލޭމެން ތިޔަބުނާ ތަކެތި ﷲ حرام ނުކުރައްވައެވެ.) ފަހެ ކަލޭމެން إبراهيم عليه السّلام ގެ ملّة އާއި تبع ވާށެވެ. شرك އާއި ދުރުވެ توحيد އަށް ސީދާވެގެންވާ حال ގައެވެ. އަދި އެކަލޭގެފާނު مشرك ންގެތެރެއިން ނުވެއެވެ.

  5. 3:96

    إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِى بِبَكَّةَ مُبَارَكًا وَهُدًى لِّلْعَـٰلَمِينَ

    ʹInna ʹAwwala Baytiñw wuḍiʻa linnaasi lallaḍee bi-Bakkata mubaarakañw wahudal lil-ʻaalameen:

    ހަމަކަށަވަރުން (އަޅުކަންކުރުމުގެގޮތުން) މީސްތަކުންނަށްޓަކައި އެންމެ ފުރަތަމަ ބެހެއްޓުނު ގެއަކީ ކަނޑައެޅިގެން بَكّة އެވެ ކިޔުނު ތާނގައިވާ ގެފުޅެވެ. (أبو جعفر الطّبرى އެކަލޭގެފާނުންގެ مشهور تفسير ގައި ލިއުއްވާފައިވަނީ بَكّة އަކީ مَسْجِدُالحَرَام - އެމިސްކިތުގެ އެތެރެކަމުގައެވެ. مَسْجِدُالحَرَام މިސްކިތުން ބޭރުވީމާ ދެން ކިޔާނީ مَكّة އެވެ. بَكّة ގެ لفظ ގެ މާނައީ الزّحْمُ އެވެ. އެއީ ގައިގޯޅިވެ ބޮނޑިވުމެވެ. އެގޮތުން ބެލީމާ އެއީ ގެފުޅު ވަށައިގެން مَسْجِدُالحَرَام ގެ ބޭރުގައިވާ طَوَاف ކުރާތަނެވެ. މީސްތަކުން ބޮނޑިވެ ގައިގޯޅިވާތަނެވެ. والله أعلم) އެގެފުޅަކީ بركات ތެރި އަދި އެންމެހައި عَالَم ތަކަށްވާ ތެދުމަގެއްގެގޮތުން ބެހެއްޓިފައިވާ ތަނެވެ.

  6. 3:97

    فِيهِ ءَايَـٰتٌۢ بَيِّنَـٰتٌ مَّقَامُ إِبْرَٰهِيمَ ۖ وَمَن دَخَلَهُۥ كَانَ ءَامِنًا ۗ وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلْبَيْتِ مَنِ ٱسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ عَنِ ٱلْعَـٰلَمِينَ

    Feehi ʹAayaatum Bayyinaatum Maq̣aamu ʹIbraaheema; wa-mañ dakhalahoo kaana ʹaaminaa. Wa-lillaahi ʻalan naasi Ḥijjul Bayti manis taṭaaʻa ʹilayhi sabeelaa. Wa-mañ kafara faʹinnal laaha G̣aniyyun ʻanil ʻaalameen.

    އެތާނގައި (ﷲ ގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމުގެމައްޗަށް دليل ކުރާ) ކަނޑައެޅިގެންވާ دليل ތައްވެއެވެ. إبراهيم عليه السّلام ގެ مقام ވަނީ އެ دليل ތަކުގެ ތެރެއިންނެވެ. އަދި އެތަނަށް ވަދެއްޖެމީހާއީ ހުރިހާ ނުރައްކަލަކުން އަމާންވެގެންވާ މީހަކުކަމުގައިވިއެވެ. (ނަމަވެސް އެއީ ﷲ ގެ حَدّ ތަކުގެތެރެއިން حدّ އެއްގައި ބެދިގެން އެއިން ފިލަން އައި މީހަކުކަމުގައިވެގެން ނުވާނެއެވެ.) އަދި ﷲ تعالى ގެ ރަސްކަންފުޅަށްޓަކައި ގެފުޅަށްގޮސް حجّ ވުން (حجّ ކުރުން) މީސްތަކުންގެމައްޗަށް ކަނޑައެޅި فرض ވެގެންވެއެވެ. އެކަމަށް މަގު ކުޅަދާނަވެގެންވާ މީހާގެ މައްޗަށެވެ. އަދި (ﷲ فرض ކުރެއްވި ކަންތައްތަކަށް) ކާފަރުވެއްޖެމީހާ ދަންނައެވެ. އެކަމަކުން ﷲ އަށް އެއްވެސް ގެއްލުމެއް ނާންނާނެއެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ އެންމެހައި عَالَم ތައް ފިޔަވައި އަމިއްލަ ذات ފުޅާއިގެން ފުދިވޮޑިގެންވާ ކަލާނގެއެވެ.

  7. 3:98

    قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَٱللَّهُ شَهِيدٌ عَلَىٰ مَا تَعْمَلُونَ

    Q̣ul yaaaʹAhlal Kitaabi lima takfuroona biʹAayaatil laahi wallaahu Shaheedun ʻalaa maa- taʻmaloon?

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އޭ أهل كتاب ންނޭވެ! ކަލޭމެން ރަނގަޅަށް ދެނެތިބި حال އަދި އެއީ حقّ ތެދުކަމުގައި ހެކިވެގެންވާ حال ﷲ ގެ އާޔަތްތަކަށް ކަލޭމެން ކާފަރުވަނީ ކީއްވެގެންހެއްޔެވެ؟ ހަމަކަށަވަރުން ކަލޭމެންކުރާ ކަންތަކަށް ﷲ ހެކިވެވޮޑިގަންނަވައެވެ.

  8. 3:99

    قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تَصُدُّونَ عَن سَبِيلِ ٱللَّهِ مَنْ ءَامَنَ تَبْغُونَهَا عِوَجًا وَأَنتُمْ شُهَدَآءُ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ

    Q̣ul yaaaʹAhlal Kitaabi lima taṣuddoona ʻañ Sabeelil laahi man ʹaamana tab-g̣oo-nahaa ʻiwajañw waʹañtum shuhadaaaʹ? Wa-mal laahu big̣aafilin ʻammaa taʻmaloon.

    އޭ أهل كتاب ންނޭވެ! އީމާންވީ މީސްތަކުންނަށް ކަލޭމެން ﷲ ގެ މަގު ބަންދުކޮށް އޮޅުވާ ހަދަނީ ކީއްވެގެންހެއްޔެވެ؟ އަދި އެމަގަކީ ހަމަ حقّ ތެދުމަގުކަމުގައި ކަލޭމެން ހެކިވެގެންވާ حال އެމަގު ގުދުކޮށް އޮޅުވައި މީހުން މަގުފުރައްދަން އުޅެނީ ކީއްވެގެންހެއްޔެވެ؟ އަދި ކަލޭމެން ކުރާ ކަންތަކަށް ﷲ غافل ވެ ވޮޑިގެން ނުވެއެވެ.

  9. 3:100

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تُطِيعُوا۟ فَرِيقًا مِّنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ يَرُدُّوكُم بَعْدَ إِيمَـٰنِكُمْ كَـٰفِرِينَ

    Yaaaʹayyuhal laẓeena ʹaamanooo ʹiñ tuṭeeʻoo fareeq̣am minal laẓeena ʹootul Kitaaba yaruddookum̃ baʻda ʹeemaanikum kaafireen.

    އޭ إيمان ވެއްޖެ މީސްތަކުންނޭވެ! يهودي ންނާއި نصارى އިންކުރެ (اهل كتاب ންކުރެ) އެއްވެސް ބަޔަކަށް (ބައިގަނޑަކަށް) ކަލޭމެން ކިޔަމަންވެއްޖެއްޔާ ކަލޭމެން އީމާންކަމަށްފަހު ކާފަރުކަމުގެ ތެރެއަށް އެމީހުން ކަލޭމެން ގެންދާނެއެވެ.

  10. 3:101

    وَكَيْفَ تَكْفُرُونَ وَأَنتُمْ تُتْلَىٰ عَلَيْكُمْ ءَايَـٰتُ ٱللَّهِ وَفِيكُمْ رَسُولُهُۥ ۗ وَمَن يَعْتَصِم بِٱللَّهِ فَقَدْ هُدِىَ إِلَىٰ صِرَٰطٍ مُّسْتَقِيمٍ

    Wa-kayfa takfuroona wa-ʹañtum tutlaa ʻalaykum ʹAayaatul laahi wa-feekum Rasooluh? Wa-mañy yaʻtaṣim̃ bil-laahi faq̣ad hudiya ʹilaa Ṣiraaṭim Mustaq̣eem.

    އަދި ކަލޭމެން ކާފަރުވުން حقّ ވާނީ ކޮންފަދައަކުންހެއްޔެވެ؟ އެހެނީ ކަލޭމެންގެމައްޗަށް ﷲ ގެ އާޔަތްތައް ކިޔެވެނީއެވެ. އަދި ކަލޭމެންގެމެދުގައި އެކަލާނގެ رسول ތިޔަހުންނެވީއެވެ. (މިހެން މިކަންކަންހުރިއިރު ކަލޭމެން ކާފަރުވުން حقّ ވާނީ ކޮންފަދައަކުންހެއްޔެވެ؟ أهل كتاب ންގެ ބަސްއަހައި އެމީހުންނަށް ކިޔަމަންވާންވީ ކީއްވެގެންހެއްޔެވެ؟) އަދި ﷲ ގެ حضرة ން ރައްކާތެރިކަން ލިބިގެންފިމީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އެމީހާއަށް ސީދާވެގެންވާ ތެދުމަގުން މަގުލިބިއްޖެއެވެ.

  11. 3:102

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ حَقَّ تُقَاتِهِۦ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ

    Yaaaʹayyuhal laẓeena ʹaamanut taq̣ul laaha ḥaq̣q̣a tuq̣aatihee wa-laa tamootunna ʹillaa wa-ʹañtum Muslimoon.

    އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އެއީ އެކަލާނގެއަށް تقوى ވެރިވުން حقّ ވާވަރަށެވެ. އަދި مسلم ންކަމުގައި / ނުވަތަ ﷲ އަށް ކިޔަމަންތެރިވެގެންވާ حال ގައިމެނުވީ ކަލޭމެން މަރުނުވާހުށިކަމެވެ.

  12. 3:103

    وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟ ۚ وَٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَآءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِۦٓ إِخْوَٰنًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ ٱلنَّارِ فَأَنقَذَكُم مِّنْهَا ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَـٰتِهِۦ لَعَلَّكُمْ تَهْتَدُونَ

    Waʻtaṣimoo bi-Ḥablil laahi jameeʻañw walaa tafarraq̣oo. Waẓkuroo niʻmatal laahi ʻalaykum ʹiẓ kuñtum ʹaʻdaaaʹañ faʹallafa bayna q̣uloobikum faʹaṣbaḥtum̃ biniʻmatiheee ʹikhwaanaa; wa-kuñtum ʻalaa shafaa ḥufratim minan naari faʹañq̣aẓakum minhaa. Kaẓaalika yubayyinul laahu lakum ʹAayaatihee laʻallakum tahtadoon.

    އަދި ކަލޭމެން ﷲ ގެ ވާފަށުގައި އެކީއެކަށް އެންމެން ހިފާށެވެ! އެކަލާނގެ دين ގައި ހިފާށެވެ! އަދި ކަލޭމެން ވަކިވަކިވެ ނުގަންނާށެވެ! އަދި ކަލޭމެންގެމައްޗަށް ﷲ ގެ نعمة ކަލޭމެން ހަނދާންކުރާށެވެ! އެއީ ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް عداوة ތެރިންކަމުގައި ވެފައިވަނިކޮށް ދެން އެކަލާނގެ ކަލޭމެންގެ ހިތްތައް އެކުވެރިކުރެއްވިއެވެ. އަދި އެކަލާނގެ ދެއްވި (إسلام دين ގެ) نعمة ގެ ސަބަބުން ކަލޭމެން (އެއްބަނޑުއެއްބަފާ) أخ ންތަކެއްކަމުގައިވެއްޖެއެވެ. އަދި ކަލޭމެން (إسلام دين އައުމުގެކުރިން) ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތުގައި ވަނިކޮށް އެކަލާނގެ ކަލޭމެން އެތަނުން ސަލާމަތްކުރެއްވިއެވެ. އެކަލާނގެ އާޔަތްތައް ކަލޭމެނަށް އެކަލާނގެ ބަޔާންކޮށްދެއްވަނީ އެފަދައިންނެވެ. އެއީ ކަލޭމެންނަށް ތެދުމަގު ލިބުމުގެ أمّيد ގައެވެ.

  13. 3:104

    وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى ٱلْخَيْرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ ۚ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ

    Waltakum miñkum ʹUmmatuñy yadʻoona ʹilal khayri wa-yaʹmuroona bil-maʻroofi wa-yan-hawna ʻanil muñkar: wa-ʹulaaaʹika humul mufliḥoon.

    އަދި ކަލޭމެންގެތެރޭގައި ހެޔޮކަންތަކަށް ގޮވާބަޔަކުވާހުށިކަމެވެ! އަދި އެމީހުން ހެޔޮކަންތަކަށް أمر ކޮށް مُنْكَرَاة ނަހީކޮށް މަނާކުރާ ބަޔަކުކަމުގައިވާށެވެ! އެފަދަ މީހުން އެއީ ކަނޑައެޅިގެން كامياب ވާނޭ މީހުންނެވެ.

  14. 3:105

    وَلَا تَكُونُوا۟ كَٱلَّذِينَ تَفَرَّقُوا۟ وَٱخْتَلَفُوا۟ مِنۢ بَعْدِ مَا جَآءَهُمُ ٱلْبَيِّنَـٰتُ ۚ وَأُو۟لَـٰٓئِكَ لَهُمْ عَذَابٌ عَظِيمٌ

    Wa-laa takoonoo kallaẓeena tafarraq̣oo wakhtalafoo mim baʻdi maa- jaaaʹahumul Bayyinaat: wa-ʹulaaʹika lahum ʻa-Z̤̣aabun ʻaz̤̣eem.

    އަދި އެމީހުންގެގާތަށް ބަޔާންވެގެންވާ دليل އާއި حجّة އައުމަށްފަހު ބައިބައިވެ ދެބަސްވެ إختلاف ވީމީހުން ފަދައިން ކަލޭމެން ނުވާށެވެ! އަދި އެމީހުންނަށް ކަނޑައެޅިގެންހުރީ ބޮޑުވެގެންވާ عذاب އެވެ.

  15. 3:106

    يَوْمَ تَبْيَضُّ وُجُوهٌ وَتَسْوَدُّ وُجُوهٌ ۚ فَأَمَّا ٱلَّذِينَ ٱسْوَدَّتْ وُجُوهُهُمْ أَكَفَرْتُم بَعْدَ إِيمَـٰنِكُمْ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ

    Yawma tabyaḍḍu wujoohuñw wataswaddu wujooh: faʹammal laẓeenas waddat wujoohum: ʹakafartum̃ baʻda ʹeemaanikum faẓooq̣ul ʻaẓaaba bimaa kuñtum takfuroon?

    އެއީ އެއްބައެއްގެ މޫނުތައް އަލިވެ އުޖާލާވެ އަދި އަނެއްބައެއްގެ މޫނުތައް ކަޅުވެ އަނދިރިވާ ދުވަހުންނެވެ. ފަހެ އެބައެއްގެ މޫނުތައް ކަޅުވެ އަނދިރިވާ މީހުންނަށް ބުނެވޭނެއެވެ. ކަލޭމެންގެ އީމާންކަމަށްފަހު ކަލޭމެން ކާފަރުވީހެއްޔެވެ؟ (ކާފަރުވީއެވެ.) ފަހެ އެހެންވެ ކަލޭމެން ކާފަރުވީކަމުގެ ސަބަބުން ކަލޭމެން عذاب ގެރަހަ ލިބިގަންނާށެވެ!

  16. 3:107

    وَأَمَّا ٱلَّذِينَ ٱبْيَضَّتْ وُجُوهُهُمْ فَفِى رَحْمَةِ ٱللَّهِ هُمْ فِيهَا خَـٰلِدُونَ

    Wa-ʹammal laẓeenab biyaḍḍat wujoohuhum fafee raḥmatil laah: hum feehaa khaalidoon.

    އަދި އެމީހުންގެ މޫނުތައް އަލިވެ އުޖާލާވީމީހުން ދަންނައެވެ. ފަހެ އެމީހުން ވަނީ ﷲ ގެ رحمة ގައެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާނގައެވެ. • ދަންނައެވެ! قيامة ދުވަހުން މޫނުއަލިވެ އުޖާލާވެގެންވާނީ ހެޔޮލަފާ މީހުންނެވެ. އަދި މޫނު ކަޅުވެ ނާމާންވެގެންވާނީ ނުބައި ނުލަފާ މީހުންނެވެ. (والله أعلم)

  17. 3:108

    تِلْكَ ءَايَـٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ ۗ وَمَا ٱللَّهُ يُرِيدُ ظُلْمًا لِّلْعَـٰلَمِينَ

    Tilka ʹAayaatul laahi natloohaa ʻalayka bil-Ḥaq̣q̣. Wa-mal laahu yureedu z̤̣ulmal lilʻaalameen.

    އެއީ އެބަހީ އިސްވެދިޔަ ވާހަކަތަކަކީ ﷲ ގެ وعظ އާއި نصيحة އެވެ. ތިމަންރަސްކަލާނގެ ކަލޭގެފާނަށް އެވާހަކަތައް حقّ ގޮތުގައި ކިޔައިދެމެވެ. އަދި عالم ތަކަށް އަނިޔާވެރިވެވޮޑިގަންނަވަން އެދިވޮޑިގަންނަވާ ކަލަކުކަމުގައި ﷲ ނުވެއެވެ.

  18. 3:109

    وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ

    Walillaahi maa- fis samaawaati wa-maa fil ʹarḍ: wa-ʹilal laahi turjaʻul ʹumoor.

    އަދި އުޑުތަކާއި ބިމުގައި ވާހާތަކެތި މިލްކުވެ خاصّ ވެގެންވަނީ ﷲ އަށެވެ. އަދި އެންމެހައި ކަންތައް އެނބުރި رجوع ވުންވަނީ ހަމަ ﷲ އަށެވެ.

  19. 3:110

    كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ ۗ وَلَوْ ءَامَنَ أَهْلُ ٱلْكِتَـٰبِ لَكَانَ خَيْرًا لَّهُم ۚ مِّنْهُمُ ٱلْمُؤْمِنُونَ وَأَكْثَرُهُمُ ٱلْفَـٰسِقُونَ

    Kuñtum khayra ʹummatin ʹukhrijat linnaasi taʹmuroona bilmaʻroofi wa-tanhawna ʻanil muñkari wa-tuʹminoona billaah. Wa-law ʹaamana ʹAhlul Kitaabi lakaana khayral lahum: minhumul muʹminoona wa-ʹaks̤aru-humul faasiq̣oon.

    މީސްތަކުންނަށް ނެރެވުނު އެންމެހެޔޮ أمّة ކަމުގައި ކަލޭމެންވީމުއެވެ. ކަލޭމެން ހެޔޮކަންތަކަށް އަމުރު ކުރަމުއެވެ. އަދި ކަލޭމެން مُنْكراة ތައް ނަހީކުރަމުއެވެ. އަދި ކަލޭމެން ﷲ އަށް އީމާންވަމުއެވެ. (ފަހެ މިތިންސިފަހުރި މީހުންނަކީ ހެޔޮ أمّة ގެމީހުންކަމުގައި ވާނެއެވެ.) ދެންފަހެ مَعْرُوف އަކީ ﷲ އަށް އީމާންވެގެންވާ ބުއްދިރަނގަޅު މީހުންގެގާތުގައި ރަނގަޅު ކަންކަމެވެ. ﷲ އަށް ކިޔަމަންތެރިވުމެވެ. مُنْكراة އަކީ އެކަމަށް ﷲ ރުހިވޮޑިނުގަންނަވާ ކަންކަމެވެ. އަދި إيمان ކަމުގެ أهل ވެރިންގެގާތުގައި ހުތުރުވެގެންވާ ކަންކަމެވެ. އުރެދުމެވެ. والله أعلم އަދި أهل كتاب ންގެމީހުން ﷲ އަށް އީމާންވީނަމަ އެކަން އެމީހުންނަށް ހެޔޮވެގެންވެއެވެ. އެމީހުންގެ ތެރޭގައި مؤمن ންވެއެވެ. އަދި އެމީހުންކުރެ ގިނަމީހުންނަކީ فاسق ންނެވެ. (ﷲ ގެ ކިޔަމަނުން ނުކުމެގެންވާ މީހުންނެވެ.)

  20. 3:111

    لَن يَضُرُّوكُمْ إِلَّآ أَذًى ۖ وَإِن يُقَـٰتِلُوكُمْ يُوَلُّوكُمُ ٱلْأَدْبَارَ ثُمَّ لَا يُنصَرُونَ

    Lañy yaḍurrookum ʹillaaa ʹaẓaaa; wa-ʹiñy yuq̣aatilookum yuwal-lookumul ʹadbaar. S̤umma laa- yuñṣaroon.

    އެމީހުނަށް (އެބަހީ أهل كتاب ންގެމީހުންގެ އަތުން) ކަލޭމެން مؤمن ންނަށް އެއްވެސް ދައްޗެއް އަދި ގެއްލުމެއްވެސް ނުދެވޭނެއެވެ. އެމީހުންނަށް ވާނެ ވަރަކީ ހަމައެކަނި ކުޑަ އުނދަގުލެއްކޮށްލުމެވެ. (އެއީ އެމީހުން ބުނާ شرك ގެ لفظ ތައް ބުނާއަޑުއިވުމުން ކަލޭމެނަށްވާ އުނދަގުލެވެ. އެހެން ގެއްލުމެއް ނުދެވޭނެއެވެ.) އަދި އެމީހުން ކަލޭމެނާ ހަނގުރާމަކުރިޔަސް އެމީހުން ދޭނީ ކަލޭމެނަށް ފުރަގަހެވެ. ދެން އެމީހުންނަށް نصر ނުލިބެވޭނެއެވެ.

  21. 3:112

    ضُرِبَتْ عَلَيْهِمُ ٱلذِّلَّةُ أَيْنَ مَا ثُقِفُوٓا۟ إِلَّا بِحَبْلٍ مِّنَ ٱللَّهِ وَحَبْلٍ مِّنَ ٱلنَّاسِ وَبَآءُو بِغَضَبٍ مِّنَ ٱللَّهِ وَضُرِبَتْ عَلَيْهِمُ ٱلْمَسْكَنَةُ ۚ ذَٰلِكَ بِأَنَّهُمْ كَانُوا۟ يَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَيَقْتُلُونَ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّ ۚ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ

    Ḍuribat ʻalayhimuẓ ẓillatu ʹayna maa- s̤uq̣ifooo ʹillaa bi-Ḥablim minal laahi wa-Ḥablim minan naasi wa-baaaʹoo big̣aḍabim minal laahi wa-ḍuribat ʻalayhimul maskanah. Ẓaalika biʹannahum kaanoo yakfuroona biʹAayaatil laahi wa-yaq̣tuloonal ʹambiyaaaʹa big̣ayri ḥaq̣q̣; ẓaalika bimaa ʻaṣaw Wakaanoo yaʻtadoon.

    އެމީހުން ވީ ކޮންމެތާކު އެމީހުންނަށް އޮތީ ދެރަކަމާއި ނިކަމެތިކަމެވެ. ހަމައެކަނި ﷲ ގެ حضرة ގައި ވެފައިވާ عَهْد އެއްގެ ސަބަބުން ނުވަތަ މީސްތަކުންނާއިދެމެދުވާ عهد އާއި އެއްބަސްވުމެއްގެ ސަބަބުން މެނުވީއެވެ. (އެފަދަ عهد އެއް / އެގްރީމެންޓެއްވާނަމަ އެ އެ عهد އެއް ނުވަތަ އެ އެގްރީމެންޓަކާއި އެއްގޮތްވާގޮތުގެ މަތީން އެމީހުންނަށްއޮތް رَحْم އެއް إحترام އެއް އޮންނާނެއެވެ.) އަދި އެމީހުން އެނބުރިދިޔައީ ﷲ ގެ حضرة ން ކޯފާޔާއިގެންނެވެ. އަދި އެމީހުންގެމައްޗަށް فقير ކަމާއި ނިކަމެތިކަން ޖެހިގެންވެއެވެ. އެހެން އެކަންވާންޖެހުނީ ހަމަކަށަވަރުން އެމީހުން ﷲ ގެ އާޔަތްތަކަށް ކާފަރުވާކަމުގެ ސަބަބުންނާއި އަދި އެއްވެސް حقّ އެއްނެތި نَبي ބޭކަލުން قتل ކުރުމުގެ ސަބަބުންނެވެ. އަދި އެމީހުން نبي ބޭކަލުން قتل ކޮށް ﷲ ގެ އާޔަތްތަކަށް ކާފަރުވަނީ އެމީހުންގެ އުރެދުމާއި އަދި އެމީހުންނީ ހައްދުފަހަނަޅައިގެންވާ ބަޔަކު ކަމުގައިވީކަމެވެ.

  22. 3:113

    ۞ لَيْسُوا۟ سَوَآءً ۗ مِّنْ أَهْلِ ٱلْكِتَـٰبِ أُمَّةٌ قَآئِمَةٌ يَتْلُونَ ءَايَـٰتِ ٱللَّهِ ءَانَآءَ ٱلَّيْلِ وَهُمْ يَسْجُدُونَ

    Laysoo sawaaaʹaa. Min ʹAhlil Kitaabi ʹummatuñ q̣aaaʹimatuñy yatloona ʹAayaatil laahi ʹaanaaaʹal layli wa-hum yasjudoon.

    أهل كتاب ންގެ އެންމެން ހަމަހަމަވެގެން ނުވެއެވެ. އެމީހުންގެތެރޭގައި ﷲ ގެ دين މަތީ قائم ވެގެންވާ ބަޔަކުވެއެވެ. އެމީހުން ނަމާދުކޮށް سجدة ކުރާ حال ރޭގަނޑުގެ ވަގުތަކުގައި ﷲ ގެ އާޔަތްތައް ކިޔަވައެވެ.

  23. 3:114

    يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ وَيُسَـٰرِعُونَ فِى ٱلْخَيْرَٰتِ وَأُو۟لَـٰٓئِكَ مِنَ ٱلصَّـٰلِحِينَ

    Yuʹminoona billaahi wal-Yawmil ʹAakhiri wa-yaʹmuroona bilmaʻroofi wa-yanhawna ʻanil muñkari wa-yusaariʻoona fil khayrat: wa-ʹulaaaʹika minañ Ṣaaliḥeen.

    އަދި އެމީހުން ﷲ އަށާއި آخرة ދުވަހަށް އީމާންވެއެވެ. އަދި އެމީހުން ހެޔޮކަންތަކަށްއަމުރުކޮށްمُنكَرات ނަހީކޮށް ހަދައެވެ. އަދި އެމީހުން ހެޔޮކަންކަމުގައި އަވަސްވެއެވެ. އަދި ކަނޑައެޅިގެން އެމީހުން ވަނީ صالح މާތްމީހުންގެ ތެރެއިންނެވެ.

  24. 3:115

    وَمَا يَفْعَلُوا۟ مِنْ خَيْرٍ فَلَن يُكْفَرُوهُ ۗ وَٱللَّهُ عَلِيمٌۢ بِٱلْمُتَّقِينَ

    Wa-maa yafʻaloo miñ khayriñ falañy yukfarooh: wal-laahu ʻAleemum bil-Muttaq̣een.

    އަދި ހެޔޮކަމުގެ ތެރެއިން އެމީހުންކުރާ އެއްވެސްކަމެއްގެ ދަރުމަޔާއި ثواب بَاطل ނުވާހުއްޓެވެ. އަދި تقوى ވެރިންގެ ހުރިހާކަމެއް ﷲ ދެނެވޮޑިގެންވެއެވެ.

  25. 3:116

    إِنَّ ٱلَّذِينَ كَفَرُوا۟ لَن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَـٰدُهُم مِّنَ ٱللَّهِ شَيْـًٔا ۖ وَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۚ هُمْ فِيهَا خَـٰلِدُونَ

    ʹInnal laẓeena kafaroo lañ tug̣niya ʻanhum ʹamwaaluhum wa-laaa ʹawlaaduhum minal laahi shayʹaa: waʹulaaaʹika ʹAṣḥaabun Naari hum feehaa khaalidoon.

    ހަމަކަށަވަރުން ކާފަރުވެއްޖެ މީސްތަކުން (ދަންނައެވެ.) އެމީހުންނަށް އެމީހުންގެ މުދަލުންވިޔަސް އަދި އެމީހުންގެ ދަރިންގެ ފަރާތުންވިޔަސް ﷲ ގެ حضرة ން އަންނަ އެއްވެސް ނުރައްކަލެއް އަދި عذاب އެއްވިޔަސް ދުރުކޮށްދީ ކަމެއް ފުއްދައިދިނުމެއް ނުވެއެވެ. އަދި އެމީހުންނަކީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާނގައެވެ.

  26. 3:117

    مَثَلُ مَا يُنفِقُونَ فِى هَـٰذِهِ ٱلْحَيَوٰةِ ٱلدُّنْيَا كَمَثَلِ رِيحٍ فِيهَا صِرٌّ أَصَابَتْ حَرْثَ قَوْمٍ ظَلَمُوٓا۟ أَنفُسَهُمْ فَأَهْلَكَتْهُ ۚ وَمَا ظَلَمَهُمُ ٱللَّهُ وَلَـٰكِنْ أَنفُسَهُمْ يَظْلِمُونَ

    Mas̤alu maa- yuñfiq̣oona fee haaẓihil ḥayaatid dunyaa kamas̤ali reeḥiñ feeha ṣirrun ʹaṣaabat ḥarsa q̣awmiñ z̤̣alamooo ʹañfusahum faʹahlakath. Wa-maa z̤̣alamahumul laahu wa-laakin ʹañfusahum yaz̤̣limoon.

    މިދުނިޔޭގެ حياة ގައި އެމީހުން ހޭދަކުރާތަކެތީގެ މިސާލަކީ އޭގައި ގަދަފިނިކަންހުރި ވައެއްގެ މިސާލެވެ. ދެން އެވައި ތިމާމެންގެ އަމިއްލަ نفس އަށް އަނިޔާވެރިވެގެންވާ ބައެއްގެ ދަނޑަށް ޖެހި ދެން އެވައިގެ ސަބަބުން ދަނޑު ހަލާކުކޮށްލީއެވެ. އަދި ﷲ އެމީހުންނަށް އަނިޔާވެރިވެވޮޑިނުގަންނަވައެވެ. އަދި އެހެނެއްކަމަކު އެމީހުން އެމީހުންގެ نفس ތަކަށް އަނިޔާވެރިވީއެވެ.

  27. 3:118

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ بِطَانَةً مِّن دُونِكُمْ لَا يَأْلُونَكُمْ خَبَالًا وَدُّوا۟ مَا عَنِتُّمْ قَدْ بَدَتِ ٱلْبَغْضَآءُ مِنْ أَفْوَٰهِهِمْ وَمَا تُخْفِى صُدُورُهُمْ أَكْبَرُ ۚ قَدْ بَيَّنَّا لَكُمُ ٱلْـَٔايَـٰتِ ۖ إِن كُنتُمْ تَعْقِلُونَ

    Yaaaʹayyuhal laẓeena ʹaamanoo laa- tat-takhiẓoo biṭaanatam miñ doonikum laa- yaʹloonakum khabaalaa. Waddu maa- ʻanittum. Q̣ad badatil bag̣ḍaaaʹu min ʹafwaahihim wa-maa tukhfee ṣudooruhum ʹakbar. Q̣ad bayyanna lakumul ʹAayaati ʹiñ kuñtum taʻq̣iloon.

    އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެ دين ގެމީހުން ނޫން މީހުން (އެހެން ދީންދީނުގެމީހުން) އެއީ ކަލޭމެންގެ ސިއްރުވެރި رحمة ތެރިންކަމުގައި ބަލައި إختيار ކޮށް ކަލޭމެން ނުހަދާށެވެ! (އެހެނީ) އެމީހުން ކަލޭމެނަށް ފަސާދަޔާއި ނުބައި މަދުނުކުރާނެއެވެ. (އެބަހީ އެމީހުންކުރާނެކަމަކީ ކަލޭމެން ފަސާދަކޮށް ބަރުބާދުކުރުމެވެ.) އަދި އެމީހުން ލޯބިކުރާނީ ކަލޭމެންނަށް ދަތިވެ ބަރުވާ ޒާތުކަންކަމަށެވެ. ހަމަކަށަވަރުން އެމީހުންގެ އަނގަތަކުން ރުޅިވެރިކަމާއި ދެކޮޅުވެރިކަން ފައުޅުވެއްޖެއެވެ. އަދި އެމީހުންގެ ހިތްތަކުގައި ވަންހަނާކޮށް ފޮރުވާފައިވާ އެތި މާބޮޑެވެ. (އެރުޅިވެރިކަމާ حسد ވެރިކަން މާބޮޑެވެ.) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެނަށް (މިމީހުންނާ ބެހޭގޮތުން) عبرة އާއި نصيحة بيان ކޮށްދީފީމެވެ. ކަލޭމެންނީ ބުއްދިކުރާ ބަޔަކުކަމުގައިވާނަމައެވެ.

  28. 3:119

    هَـٰٓأَنتُمْ أُو۟لَآءِ تُحِبُّونَهُمْ وَلَا يُحِبُّونَكُمْ وَتُؤْمِنُونَ بِٱلْكِتَـٰبِ كُلِّهِۦ وَإِذَا لَقُوكُمْ قَالُوٓا۟ ءَامَنَّا وَإِذَا خَلَوْا۟ عَضُّوا۟ عَلَيْكُمُ ٱلْأَنَامِلَ مِنَ ٱلْغَيْظِ ۚ قُلْ مُوتُوا۟ بِغَيْظِكُمْ ۗ إِنَّ ٱللَّهَ عَلِيمٌۢ بِذَاتِ ٱلصُّدُورِ

    Haaaʹañtum ʹulaaaʹi tuḥibboonahum wa-laa yuḥibboonakum wa-tuʹminoona bil-Kitaabi kullih. Waʹiẓaa laq̣ookum q̣aalooo ʹaamannaa: waʹiẓa khalaw ʻaḍḍoo ʻalaykumul ʹanaamila minal g̣ayz̤̣. Q̣ul mootoo big̣ayz̤̣ikum: ʹinnal laaha ʻAleemum biẓaatiṣ ṣudoor.

    އޭ މިތިބެ مؤمن ންނޭވެ! ކަލޭމެން أهل كتاب ންދެކެ ލޯބިވަނީއެވެ. (އެކަމަކު) އެމީހުން ކަލޭމެންދެކެ ލޯބިނުވެއެވެ. އަދި ކަލޭމެން މުޅިފޮތަށް އެކީއެކައްޗަކަށް إيمان ވެއެވެ. (އެމީހުން އީމާންވަނީ ފޮތުގެ އެބަޔަށެވެ. އަނެއްބަޔަށް ކާފަރުވަނީއެވެ.) އަދި އެމީހުން ކަލޭމެނާއި ބައްދަލުވެއްޖެއްޔާ އެމީހުން ބުނެއެވެ. އަހުރެމެން އީމާންވެއްޖައީމެވެ. އަދި އެމީހުން އެކަނިވެއްޖެއްޔާ ކަލޭމެންދެކެ ރުޅިއައިސްގެން އެމީހުންގެ އިނގިލިތަކުގައި ދަތްއަޅައެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެން ކަލޭމެންގެ ރުޅީގެ ސަބަބުން މަރުވާށެވެ! ހަމަކަށަވަރުން ﷲ تعالى އީ ހިތްތަކުގެތެރޭގައި ވާތަކެތިވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ.

  29. 3:120

    إِن تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْ وَإِن تُصِبْكُمْ سَيِّئَةٌ يَفْرَحُوا۟ بِهَا ۖ وَإِن تَصْبِرُوا۟ وَتَتَّقُوا۟ لَا يَضُرُّكُمْ كَيْدُهُمْ شَيْـًٔا ۗ إِنَّ ٱللَّهَ بِمَا يَعْمَلُونَ مُحِيطٌ

    ʹIñ tamsaskum ḥasanatuñ tasuʹhum waʹiñ tuṣibkum sayyiʹatuñy yafraḥoo bihaa. Waʹiñ taṣbiroo watattaq̣oo laa- yaḍurrukum kayduhum shayʹaa: ʹinnal laah bimaa yaʻmaloona Muḥeeṭ.

    ކަލޭމެން مؤمن ންނަށް ހެޔޮކަމެއް / ރަނގަޅުކަމެއް ދިމާވެއްޖެއްޔާ (އެބަހީ، ކަލޭމެން عداوة ތެރިންގެ މައްޗަށް ގަދަވެ ކާމިޔާބުވުންފަދަ އަދި މީސްތަކުން ދީނަށްވަނުންފަދަ- އުފާވެރިކަމެއް ދިމާވެއްޖެއްޔާ) އެމީހުންނަށް ނުބައިވެއެވެ. އެމީހުންނަށް ދެރަވެ ހިތްހަމަނުޖެހުން މެދުވެރިވެއެވެ. އަދި ކަލޭމެން مؤمن ންނަށް ހަނގުރާމައި ގައި ދެރަވުންފަދަ ދެރަކަމެއް ދިމާވެއްޖެއްޔާ އެމީހުން އެކަމަށް އުފާކުރެއެވެ. އަދި ކަލޭމެން مؤمن ން ކެތްތެރިވެއްޖެއްޔާ އަދި تقوى ވެރިވެއްޖެއްޔާ އެމީހުންގެ ނުބައި ރޭވުމަކުން - މަކަރަކުން ކަލޭމެނަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ. ހަމަކަށަވަރުން ﷲ تعالى އެމީހުންކުރާ އެންމެހައި ކަމެއް މޮޅަށް ދެނެވޮޑިގެންވެއެވެ.

  30. 3:121

    وَإِذْ غَدَوْتَ مِنْ أَهْلِكَ تُبَوِّئُ ٱلْمُؤْمِنِينَ مَقَـٰعِدَ لِلْقِتَالِ ۗ وَٱللَّهُ سَمِيعٌ عَلِيمٌ

    Waʹiẓ g̣adawta min ʹahlika tubawwiʹul Muʹmineena maq̣aaʻida lilq̣itaal: wal-laahu Sameeʻun ʻAleem:

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ކަލޭގެފާނުންގެ أهل ވެރިންގެ އަރިހުން ދުވާލުގެކުރީކޮޅު ހިންގަވާފައި مؤمن ންނަށް ހަނގުރާމައިގެ (أحْدُ ހަނގުރާމައިގެ) މަރުކަޒުތައް ހަމަޖައްސަވާ ސެޓްކޮށްދެއްވުމަށް ވަޑައިގެންނެވިހިނދު ހަނދުމަފުޅުކުރައްވާށެވެ! އަދި ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ. (އެބަހީ مؤمن ން ދެންނެވި مشورة ގެ އަޑުތައް އައްސަވާވޮޑިގެންވާ އަދި އޭގެތެރެއިން ރަނގަޅު رَأى ދެނެވޮޑިގެންވާ ކަލާނގެއެވެ.)

  31. 3:122

    إِذْ هَمَّت طَّآئِفَتَانِ مِنكُمْ أَن تَفْشَلَا وَٱللَّهُ وَلِيُّهُمَا ۗ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ

    ʹIẓ hammaṭ ṭaaaʹifataani miñkum ʹañ taf-shalaa wal-laahu Waliyyuhuma, waʻalal laahi fal-yatawak-kalil Muʹminoon.

    ކަލޭމެންގެތެރެއިން ދެބައިގަނޑެއްގެމީހުން (ދެ قَبِيْلَة އެއްގެމީހުން އެއީ بَنُوسَلَمَة ވަންހަޔާއި بَنُوْحَارِثَة ގެ ވަންހަޔާ ދެވަންހައެވެ.) ހަނގުރާމައިން ފޭލިވުމަށް - އެބަހީ ހަނގުރާމަ ދޫކޮށްލާފައި އަނބުރާދިއުމަށް قصد ކުރިހިނދު ﷲ އެދެވަންހައިގެ ސަހަރޯވެރިއަކުކަމުގައިވިއެވެ. (އެދެބައިމީހުންގެ ހިތަށް ވެރިވެފައިވާ ފިނޑިކަމާއި ބަލިކަށިކަމުގެ އަސަރު ﷲ ދުރުކޮށްދެއްވައި ވަކިކޮށްދެއްވިއެވެ.) އަދި مؤمن ން ﷲ އަށް އެކަނި وكيل ކޮށް އިތުބާރުކުރާހުށިކަމެވެ.

  32. 3:123

    وَلَقَدْ نَصَرَكُمُ ٱللَّهُ بِبَدْرٍ وَأَنتُمْ أَذِلَّةٌ ۖ فَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تَشْكُرُونَ

    Wa-laq̣ad naṣarakumul laahu bi-Badriñw waʹañtum ʹaẓillah: fattaq̣ul laaha laʻallakum tashkuroon.

    އަދި ހަމަކަށަވަރުން بَدْرُ ހަނގުރާމައިގާ ﷲ ކަލޭމެނަށް نَصْرُ ދެއްވިއެވެ. އެއީ ކަލޭމެން ނިކަމެތިވެފައިވަނިކޮށެވެ. ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އެއީ ކަލޭމެން شكر ކުރުމަށްޓަކައެވެ.

  33. 3:124

    إِذْ تَقُولُ لِلْمُؤْمِنِينَ أَلَن يَكْفِيَكُمْ أَن يُمِدَّكُمْ رَبُّكُم بِثَلَـٰثَةِ ءَالَـٰفٍ مِّنَ ٱلْمَلَـٰٓئِكَةِ مُنزَلِينَ

    ʹIẓ taq̣oolu lil-Muʹmineena ʹalañy yakfiyakum ʹañy yumiddaku Rabbukum̃ bis̤alaas̤ati ʹaalaafim minal malaaaʹikati muñzaleen?

    އެއީ ކަލޭގެފާނު مؤمن ންނަށް ވިދާޅުވިހިނދުގައެވެ. ފައިބާވަޑައިގަންނަވާ ތިންހާސް ملائكة ބޭކަލުންގެ مدد އަކުން ކަލޭމެންގެ رَبّ ކަލޭމެނަށް مدد ދެއްވުމުން ކަލޭމެނަށް ނުފުދޭނެހެއްޔެވެ؟ (މިހެން ވިދާޅުވިހިނދުއެވެ. އެއީ بدر ހަނގުރާމައިގެ ދުވަހެވެ.)

  34. 3:125

    بَلَىٰٓ ۚ إِن تَصْبِرُوا۟ وَتَتَّقُوا۟ وَيَأْتُوكُم مِّن فَوْرِهِمْ هَـٰذَا يُمْدِدْكُمْ رَبُّكُم بِخَمْسَةِ ءَالَـٰفٍ مِّنَ ٱلْمَلَـٰٓئِكَةِ مُسَوِّمِينَ

    Balaaa ʹiñ taṣbiroo wa-tattaq̣oo wa-yaʹtookum miñ fawrihim haaẓaa yumdidkum Rabbukum̃ bikhamsati ʹaalaafim minal malaaaʹikati musawwimeen.

    އާއެކެވެ. (ފުދެއެވެ.) ކަލޭމެން ކެތްތެރިވެއްޖެއްޔާ އަދި ކަލޭމެން تقوى ވެރިވެއްޖެއްޔާ އެމީހުންގެ އަވަސްކަމާއި ރުޅިވެރިކަމާއިއެކު އަތުވެއްޖެއްޔާވެސް ކަލޭމެންގެ رَبّ ކަލޭމެނަށް ހަނގުރާމައަށް ތައްޔާރުވެވިގެން ނިޝާންކުރެވިގެންވާ ފަސްހާސް މަލާއިކަތް ބޭކަލުންގެ މަދަދަކުން ކަލޭމެނަށް މަދަދުކުރައްވާނެއެވެ.

  35. 3:126

    وَمَا جَعَلَهُ ٱللَّهُ إِلَّا بُشْرَىٰ لَكُمْ وَلِتَطْمَئِنَّ قُلُوبُكُم بِهِۦ ۗ وَمَا ٱلنَّصْرُ إِلَّا مِنْ عِندِ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ

    Wa-maa jaʻalahul laahu ʹillaa bushraa lakum wa-litaṭmaʹinna q̣uloobukum̃ bih: wa-man naṣru ʹillaa min ʻiñdi laahil ʻAzeezil Ḥakeem:

    އަދި އެކަން (އެބަހީ މަލާއިކަތް ބޭކަލުންގެ مَدد ގެ وعد ފުޅު) އެއީ ކަލޭމެން (مؤمن ން) ނަށްވާ އުފާވެރިކަމެއްގެ خبر އެއްކަމުގައްޔާއި އަދި ކަލޭމެންގެ ހިތްތަކަށްވާ ހަމަޖެހުމެއް ކަމުގައި މެނުވީ ﷲ ނުލައްވައެވެ. (އަދި އެކަމަކު) نصر ދެއްވުންވަނީ ހަމައެކަނި عزّة ވަންތަ حكمة ވަންތަ ﷲ ގެ حضرة ންކަމުގައި މެނުވީ ނުވެއެވެ.

  36. 3:127

    لِيَقْطَعَ طَرَفًا مِّنَ ٱلَّذِينَ كَفَرُوٓا۟ أَوْ يَكْبِتَهُمْ فَيَنقَلِبُوا۟ خَآئِبِينَ

    Liyaq̣ṭaʻa ṭarafam minal laẓeena kafarooo ʹaw yakbitahum fayañq̣aliboo khaaaʹibeen.

    (بَدْر ހަނގުރާމައިގާ ކަލޭމެންނަށް ﷲ نصر ދެއްވީ) ކާފަރުންގެ އެއްކޮޅު ކަނޑައިލުމަށްޓަކައެވެ. (އެހަނގުރާމައިގާ ކާފަރުންގެ ބޮޑެތި އެތައްބަޔަކު މަރުވެ ދިޔައެވެ.) ނުވަތަ އެމީހުން އެދޭއެދުން ނުފުދިގެން ގެއްލުމާއި ނާކާމިޔާބާއިގެން އެނބުރި ދިއުމަށްޓަކައެވެ. (އެމީހުން އެދިގެންތިބިއެދުމަކީ مؤمن ންމަރާ ސުންނާފަތިކޮށް ދެރަކޮށް އެމީހުން ކާމިޔާބު ކުރުމަށެވެ. މިއިން އެއްވެސް ކަމެއްނުވިއެވެ.) • ދަންނައެވެ. މިއާޔަތްތަކުގެ ترجمة ގައި إختلاف ތަކެއްވެއެވެ. މިތާ ލިޔެވިފައި އެވަނީ އޭގެތެރެއިން ގިނަބޭކަލުން ބުރަވެލައްވާގޮތަށެވެ. ދެންފަހެ أُحْدُ ހަނގުރާމައިގެދުވަހު مؤمن ންނަށް ހެދުނު خلاف ވުމެއްގެ ސަބަބުން إسلام ންގެ لشكر އަށް ގެއްލުންތަކެއްވެ ސީދާ رَسول ﷲ ﷺ ގެ طاهر ހަށިކޮޅަށްވެސް އަނިޔާ ތަކެއް ލިބިވަޑައިގަތުމަށްފަހު ކާފަރުންގެމައްޗަށް ކުރެއްވުނު دعاء ފުޅަކުން ދެން މިއަންނަ އާޔަތް ބާވައިލެއްވުނުކަމުގައިވިއެވެ. والله أعلم.

  37. 3:128

    لَيْسَ لَكَ مِنَ ٱلْأَمْرِ شَىْءٌ أَوْ يَتُوبَ عَلَيْهِمْ أَوْ يُعَذِّبَهُمْ فَإِنَّهُمْ ظَـٰلِمُونَ

    Laysa laka minal ʹamri shayʹun ʹaw yatooba ʻalayhim ʹaw yuʻaẓẓibahum faʹinnahum Z̤̣aalimoon.

    ކަލޭގެފާނަށް (ތިމަންރަސްކަލާނގެ خلق ތަކުންނާމެދު ތިމަންރަސްކަލާނގެ އެންގެވި حكم އެއް ހިންގާ تَنْفِيذ ކުރެއްވުންމެނުވީ.) އަޅުތަކުންނާބެހޭ ކަންކަމުގެ حكم އެއް ނުވެއެވެ. އެއީ އެމީހުންގެމައްޗަށް އެކަލާނގެ توبة ލައްވާދެންނެވެ. ނުވަތަ އެކަލާނގެ އެމީހުންނަށް عذاب ދެއްވާދެންނެވެ. ހަމަކަށަވަރުން އެމީހުންނީ އަނިޔާވެރި ބައެކެވެ.

  38. 3:129

    وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۚ وَٱللَّهُ غَفُورٌ رَّحِيمٌ

    Walillaahi maa- fis samaawaati wa-maa fil ʹarḍ. Yag̣firu limañy yashaaaʹu wa-yuʻaẓẓibu mañy yashaaaʹ: wallaahu G̣afoorur Raheem.

    އަދި އުޑުތަކާއި ބިމުގައިވާނަމަ ވާހާއެއްޗެއް خاصّ ވެ مِلْكُ ވެގެންވަނީ ހަމަ ﷲ އަށެވެ. އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ފުއްސަވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ عذاب ދެއްވައެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  39. 3:130

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَأْكُلُوا۟ ٱلرِّبَوٰٓا۟ أَضْعَـٰفًا مُّضَـٰعَفَةً ۖ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ

    Yaaaʹayyuhal laẓeena ʹaamanoo laa- taʹkulur Ribaaa ʹaḍʻaafam muḍaaʻafah ; wattaq̣ul laaha laʻallakum tufliḥoon.

    އޭ إيمان ވެއްޖެ މީސްތަކުންނޭވެ. ބައިބަޔަށް ގިނަވާގޮތަށް ގިނަކޮށްކޮށްގެން ކަލޭމެން ރިބާނުކާށެވެ. އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ. އެއީ ކަލޭމެންނަށް ކާމިޔާބުވުމަށްޓަކައެވެ.

  40. 3:131

    وَٱتَّقُوا۟ ٱلنَّارَ ٱلَّتِىٓ أُعِدَّتْ لِلْكَـٰفِرِينَ

    Wattaq̣un Naaral lateee ʹuʻiddat lilkaafireen.

    އަދި ކާފަރުންނަށްޓަކައި ތައްޔާރުކުރެވިފައިވާ އަލިފާނަށް (ނަރަކައަށް) ކަލޭމެން ބިރުވެތިވާށެވެ! تقوى ވެރިވާށެވެ!

  41. 3:132

    وَأَطِيعُوا۟ ٱللَّهَ وَٱلرَّسُولَ لَعَلَّكُمْ تُرْحَمُونَ

    Wa-ʹaṭeeʻul laaha war-Rasoola laʻallakum turḥamoon.

    އަދި ކަލޭމެން ﷲ އަށާއި رَسول އާއަށް ކިޔަމަންތެރިވާށެވެ! އެއީކަލޭމެންނަށް رحمة ލެއްވުމުގެ އެދުމުގައެވެ.

  42. 3:133

    ۞ وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَـٰوَٰتُ وَٱلْأَرْضُ أُعِدَّتْ لِلْمُتَّقِينَ

    Wa-saariʻooo ʹilaa mag̣firatim mir Rabbikum wa-Jannatin ʻarḍuhas samaawaatu wal-ʹarḍu ʹuʻiddat lil-Muttaq̣een

    އަދި ކަލޭމެން ކަލޭމެންގެ ربّ ގެ حضرة ން ފާފަފުއްސެވުމަށް އަވަސްވެގަންނާށެވެ! އަދި އެތާނގެ ފުޅާމިން (ނުވަތަ ތަނަވަސްކަން) އުޑުތަކާއި ބިންތަކުގެ ތަނަވަސްކަމާއި އެއްފަދަވެގެންވާ ސުވަރުގެއަށް (އަވަސް ވެގަންނާށެވެ!) އެތަން ތައްޔާރުކުރެވިގެންވަނީ تقوى ވެރިންނަށްޓަކައެވެ.

  43. 3:134

    ٱلَّذِينَ يُنفِقُونَ فِى ٱلسَّرَّآءِ وَٱلضَّرَّآءِ وَٱلْكَـٰظِمِينَ ٱلْغَيْظَ وَٱلْعَافِينَ عَنِ ٱلنَّاسِ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ

    ʹAllaẓeena yunfiq̣oona fis sarraaaʹi waḍ-ḍarraaaʹi wal-kaa-Z̤̣imeenal g̣ayz̤̣a wal-ʻaafeena ʻanin naas: wal-laahu yuḥibbul Muḥsineen;

    އެ تقوى ވެރިންނަކީ ފަސޭހަމަކާއި އުނދަގުލުގައި (ނުވަތަ ތަނަވަސްކަމާއި فقير ކަމުގައިވެސް) ﷲ ގެ މަގުގައި ހޭދަކުރާމީހުންނެވެ. އަދި އެއީ ރުޅިވެރިކަން ކައިލާމީހުންނެވެ. އެބަހީ ކުޅަދާނަވެގެންވުމާއި އެކުވެސް ރުޅިވެރިކަން ހިފަހައްޓާމީހުންނެވެ. އަދި އެއީ މީސްތަކުންގެ ކިބައިން عفوء ކުރާމީހުންނެވެ. معاف ކުރާމީހުންނެވެ. އަދި إحسان ތެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.

  44. 3:135

    وَٱلَّذِينَ إِذَا فَعَلُوا۟ فَـٰحِشَةً أَوْ ظَلَمُوٓا۟ أَنفُسَهُمْ ذَكَرُوا۟ ٱللَّهَ فَٱسْتَغْفَرُوا۟ لِذُنُوبِهِمْ وَمَن يَغْفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمْ يُصِرُّوا۟ عَلَىٰ مَا فَعَلُوا۟ وَهُمْ يَعْلَمُونَ

    Wal-laẓeena ʹiẓaa faʻaloo faa-ḥishatan ʹaw z̤̣alamooo ʹañfusahum ẓakarul laaha fastag̣faroo liẓunoobihim, Wa-mañy yag̣firuẓ ẓunooba ʹillal laah? wa-lam yuṣirroo ʻalaa maa- faʻaloo wa-hum yaʻlamoon.

    އަދި އެމީހުންނަކީ އެމީހުންނަށް فاحش ކަމެއްކުރެވިއްޖެއްޔާ ނުވަތަ އަމިއްލަ نفس އަށް އަނިޔާވެރިވެވިއްޖެއްޔާ ﷲ ހަނދާންކުރާމީހުންނެވެ. ﷲ އަށް ذِكر ކުރާމީހުންނެވެ. ދެން އެމީހުން އެމީހުންގެ ފާފަތައް ފުއްސެވުމަށް އެދިދަންނަވައެވެ. އަދި ﷲ މެނުވީ ފާފަފުއްސަވާނީ ދެން ކާކުހެއްޔެވެ؟ އަދި އެމީހުންނަކީ އެމީހުންނަށް އެނގިތިބޭ حال އެމީހުންނަށް އެކުރެވުނު ފާފައިގެމަތީ ދެމިނުތިބޭމީހުންނެވެ. (އަދި ކިއެއްހެއްޔެވެ؟ އަވަސް އަވަހަށް توبة ވެ ﷲ ގެ حضرة އަށް رجوع ވާ މީހުންނެވެ.)

  45. 3:136

    أُو۟لَـٰٓئِكَ جَزَآؤُهُم مَّغْفِرَةٌ مِّن رَّبِّهِمْ وَجَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ وَنِعْمَ أَجْرُ ٱلْعَـٰمِلِينَ

    ʹUlaaaʹika Jazaaʹuhum mag̣firatum mir Rabbihim wa-jannaatuñ tajree miñ tah-tihal ʹanhaaru khaalideena feehaa: wa-niʻma ʹajrul ʻaamileen!

    އެމީހުން ދަންނައެވެ. އެމީހުންގެ ޖަޒާއަކީ އެމީހުންގެ رَبّ ގެ حضرة ން އެމީހުންނަށް مغفرة އެވެ. ފާފަ ފުއްސެވުމެވެ. އަދި އެތަންތާނގެދަށުން އާރުތައް ދެމޭ ބަގީޗާތަކެވެ. ސުވަރުގެތަކެވެ. އެމީހުން އެތާ ދެމިތިބޭ حال ގައެވެ. އަދި ހެޔޮ عمل ކުރިމީހުންގެ عمل ގެ جزاء އަދި އޭގެ ދަރުމަ ރަނގަޅުވެގެން ވެއެވެ.

  46. 3:137

    قَدْ خَلَتْ مِن قَبْلِكُمْ سُنَنٌ فَسِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُكَذِّبِينَ

    Q̣ad khalat miñ q̣ablikum Sunanuñ faseeroo fil ʹarḍi fañz̤̣uroo kayfa kaana ʻaaq̣ibatul mukaẓẓibeen.

    (އޭ إيمان ވެއްޖެ މީސްތަކުންނޭވެ. / ނުވަތަ خاصّ ކޮށް محمّد ގެފާނުންގެ أصحاب ންނޭވެ.) ހަމަކަށަވަރުން ކަލޭމެންގެކުރިން مثال ތަކެއް ގޮތްތަކެއް އަދި ކަންތައްތަކެއް އިސްވެހިނގައްޖެއެވެ. (އެއީ އިސްވެދިޔަ أمّة ތަކާއި އެ أمّة ތަކަށް ފޮނުއްވުނު رَسُول ންނާއިމެދު ކަންތައް ހިނގާދިޔަގޮތާއި އަދި އޭގެ ނަތިޖާއެވެ. ތެދުވެރިންނަށް ކާމިޔާބުވެ ދޮގުވެރިން ހަލާކުވެދިޔައީއެވެ. އެއީ ﷲ ގެ سنّة އެވެ.) ފަހެ ކަލޭމެން ބިމުގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް ހަދާބަލާށެވެ. އަދި ދޮގުކުރާމީހުންގެ ފަހުކޮޅު - އެމީހުންގެ ނިމުން ވެގެން ދިޔައީ ކޮންފަދައަކުންކަން ނިކަން ދެކެބަލާށެވެ. عبرة ލިބިގަންނާށެވެ.

  47. 3:138

    هَـٰذَا بَيَانٌ لِّلنَّاسِ وَهُدًى وَمَوْعِظَةٌ لِّلْمُتَّقِينَ

    Haaẓaa bayaanul linnasi wa-hudañw wamawʻiz̤̣atul lil-muttaq̣een.

    އިސްވެދިޔަ ވާހަކަތަކަކީ އެންމެހައި މީސްތަކުންނަށްވާ بيان އެކެވެ. (عبرة ގެ ފިލާވަޅުތަކެކެވެ.) އަދި އެއީ تقوى ވެރިންނަށްވާ ތެދުމަގާއި وعظ نصيحة އެކެވެ.

  48. 3:139

    وَلَا تَهِنُوا۟ وَلَا تَحْزَنُوا۟ وَأَنتُمُ ٱلْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ

    Wa-laa tahinoo wa-laa tahẓanoo wa-ʹañtumul ʹaʻlawna ʹiñ kuñtum Muʹmineen!

    އަދި ކަލޭމެން ބަލިކަށިވެ ދެރަބަޔަކަށް ނުވާށެވެ. އަދި ހިތާމަނުކުރާށެވެ. ކަލޭމެންނަކީ مؤمن ންކަމުގައި ވަންޏާ މަތީބަޔަކީ ކަލޭމެންނެވެ.

  49. 3:140

    إِن يَمْسَسْكُمْ قَرْحٌ فَقَدْ مَسَّ ٱلْقَوْمَ قَرْحٌ مِّثْلُهُۥ ۚ وَتِلْكَ ٱلْأَيَّامُ نُدَاوِلُهَا بَيْنَ ٱلنَّاسِ وَلِيَعْلَمَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَيَتَّخِذَ مِنكُمْ شُهَدَآءَ ۗ وَٱللَّهُ لَا يُحِبُّ ٱلظَّـٰلِمِينَ

    ʹIñy yamsaskum q̣arḥuñ faq̣ad massal q̣awma q̣arḥum mis̤luh. Wa-tilkal ʹayyaamu nudaawiluhaa baynan naas: wa-liyaʻlamal laahul laẓeena ʹaamanoo wa-yattakhiẓa miñkum shuhadaaaʹ. Wal-laahu laa- yu-ḥibbuz̤̣ Z̤̣aalimeen.

    ކަލޭމެންނަށް زَخَمْ ވުމާއި ފާރުވުންތައް ވަމުންދާއިރު އެމީހުންނަށް - (يعني އެ مشرك ންނަށްވެސް) ހަމަ އެފަދައިން زَخَم ވުމާއި ފާރުވުން ލިބެމުންދެއެވެ. އަދި އެދުވަސްތަކަކީ (بَدْر ހަނގުރާމަ أحد ހަނގުރާމަފަދަ واقعة ތަކަކީ) މީސްތަކުންގެ މެދުގައި تكرار ވާގޮތަށް ތިމަންރަސްކަލާނގެ ލައްވާ ކަންކަމެވެ. (އެއްފަހަރު އެއްބަޔަކަށް ކާމިޔާބުވެ އަނެއްފަހަރު އަނެއްބަޔަކަށް ކާމިޔާބުވާގޮތަށް ލެއްވީމެވެ. އެންމެފަހުގެ ހެޔޮ ނަތީޖާ އޮންނާނީ مؤمن ންނަށެވެ.) އަދި އެއީ ކަލޭމެންކުރެ مؤمن ންނަކީ ކޮންބައެއްކަން ﷲ ދެނެވޮޑިގެންފައިވާކަން ހާމަކުރެއްވުމަށާއި އަދި ކަލޭމެންގެތެރެއިން އެކަލާނގެ شهيد ން ލެއްވުމަށްޓަކައެވެ. އަދި އަނިޔާވެރިންނަށް ﷲ ލޯބިވެވޮޑިގެން ނުވެއެވެ.

  50. 3:141

    وَلِيُمَحِّصَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَيَمْحَقَ ٱلْكَـٰفِرِينَ

    Wa-liyumaḥ-ḥiṣal laahul laẓeena ʹaamanoo wa-yamḥaq̣al kaafireen.

    އަދި އެއީ އީމާންވީ މީސްތަކުން إمتحان ކުރައްވައި އެމީހުންގެ ފާފަތަކުން ﷲ تعالى އެމީހުން طاهر ކުރައްވާ ސާފުކުރެއްވުމަށެވެ. އަދި ކާފަރުންގެ ހެޔޮ عمل ތައް އެކަލާނގެ އުނިކުރައްވާ باطل ކުރެއްވުމަށެވެ.

  51. 3:142

    أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَعْلَمِ ٱللَّهُ ٱلَّذِينَ جَـٰهَدُوا۟ مِنكُمْ وَيَعْلَمَ ٱلصَّـٰبِرِينَ

    ʹAm ḥasibtum ʹañ tadkhulul Jannata wa-lamma yaʻlamil laahul laẓeena jaahadoo miñkum wa-yaʻlamaṣ Ṣaabireen?

    އަދި ކަލޭމެންކުރެ جهاد ކުރިމީހުން ﷲ تعالى ދެނެވޮޑިގެންވާކަން ފައުޅުނުކުރައްވަނީސް އަދި ކަލޭމެންކުރެ ކެތްތެރިން ﷲ ދެނެވޮޑިގެންވާކަން بيان ނުކުރައްވަނީސް ކަލޭމެން ސުވަރުގެ ވަނުމަށް ހީކުރަނީހެއްޔެވެ؟

  52. 3:143

    وَلَقَدْ كُنتُمْ تَمَنَّوْنَ ٱلْمَوْتَ مِن قَبْلِ أَن تَلْقَوْهُ فَقَدْ رَأَيْتُمُوهُ وَأَنتُمْ تَنظُرُونَ

    Wa-laq̣ad kuñtum tamannawnal mawta miñ q̣abli ʻañ tal-q̣awh: faq̣ad raʹaytumoohu wa-ʹañtum tañz̤̣uroon.

    އަދި ހަމަކަށަވަރުން ހަނގުރާމަޔާ ބައްދަލުވުމުގެކުރިން މަރުވުމަށް (شهيد ވުމަށް) އެދޭބަޔަކު ކަމުގައި ކަލޭމެން ވީމުއެވެ. (بدر ހަނގުރާމައަށް ނުދެވުނު މީހުން ތިބީ ހަނގުރާމައެއް ދިމާވުމަށް އެދިއެދިކަމުގައި ބުނެވުނެވެ. އެއީ ހަނގުރާމަކޮށް شهيد ވުމަށެވެ.) ފަހެ ހަމަކަށަވަރުން ކަލޭމެންނަށް އެކަން ފެނުނެވެ. މީސްތަކުންގެތެރެއިން ބަޔަކުމީހުން شهيد ވެގެންދިޔައެވެ. އެއީ ކަލޭމެން ބަލަބަލާ ތިބި حال ގައެވެ. (އެއީ أحد ހަނގުރާމައިގެ ދުވަހުގައެވެ.)

  53. 3:144

    وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ ۚ أَفَإِي۟ن مَّاتَ أَوْ قُتِلَ ٱنقَلَبْتُمْ عَلَىٰٓ أَعْقَـٰبِكُمْ ۚ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ ٱللَّهَ شَيْـًٔا ۗ وَسَيَجْزِى ٱللَّهُ ٱلشَّـٰكِرِينَ

    Wa-maa Muḥammadun ʹillaa Rasool: q̣ad khalat miñ q̣ablihir rusul. ʹAfaʹim maata ʹaw q̣utilañ q̣alabtum ʻalaaa ʹaʻq̣aabikum? Wa-many yañq̣alib ʻalaa ʻaq̣ibayhi falañy yaḍurral laaha shayʹaa; wa-sayajzil laahush Shaakireen.

    އަދި محمّد (ﷺ) އަކީ رَسُول ބޭކަލަކު ކަމުގައި މެނުވީ ނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުންގެ ކުރިންވެސް رَسُول ބޭކަލުން އިސްވެގޮސްފައިވެއެވެ. އަޅެފަހެ އެކަލޭގެފާނު އަވަހާރަވުމުން ނުވަތަ قتل ވުމުން ކަލޭމެން ކަލޭމެންގެ ފުންނާބުތަކުގެމައްޗަށް ފުރޮޅިގަންނަންވީ ހެއްޔެވެ؟ (إسلام دين ދޫކޮށް مُرْتَدُّ ވާންވީހެއްޔެވެ؟) އަދި އެމީހަކު އެމީހަކުގެ ދެފުންނާބުމައްޗަށް ފުރޮޅިގަންނަމީހާ - އެބަހީ ދީން ދޫކޮށް مُرْتَدُّ ވާމީހާ (ދަންނައެވެ!) ފަހެ އެފަދަމީހާގެފަރާތުން ﷲ އަށް އެއްވެސް ގެއްލުމެއް އުނދަގުލެއް ނުކުރެވޭނެއެވެ. (ވާހާ ގެއްލުމަކާއި އުނދަގުލެއް ވާނީ ހަމަ އެމީހަކަށެވެ.) އަދި شُكْرُ ވެރިންނަށް (ދީންމަތީ ثابِت ވެތިބި ކިޔަމަންތެރިންނަށް) ނިކަންހުރެ ﷲ تعالى ހެޔޮ جَزاء ދެއްވާހުއްޓެވެ.

  54. 3:145

    وَمَا كَانَ لِنَفْسٍ أَن تَمُوتَ إِلَّا بِإِذْنِ ٱللَّهِ كِتَـٰبًا مُّؤَجَّلًا ۗ وَمَن يُرِدْ ثَوَابَ ٱلدُّنْيَا نُؤْتِهِۦ مِنْهَا وَمَن يُرِدْ ثَوَابَ ٱلْـَٔاخِرَةِ نُؤْتِهِۦ مِنْهَا ۚ وَسَنَجْزِى ٱلشَّـٰكِرِينَ

    Wa-maa kaana linafsin ʹañ tamoota illaa biʹiẓnil laahi kitaabam muʹajjalaa. Wa-mañy yurid s̤awaabad dunyaa nuʹtihee minhaa; wa-mañy yurid s̤awaabal ʹAakhirati nuʹtihee minhaa Wa-sanaj-zish Shaakireen.

    އަދި އެއްވެސް نفس އެއް ﷲ ގެ إذن ފުޅަށް މެނުވީ މަރުނުވާނެއެވެ. (މަރުވުމަކީ އޮތްކަމެއް ނޫނެވެ.) އެއީ ކޮންމެ نفس އަކަށްވެސް ﷲ އަޖަލުތައް ލިއުއްވާފައިވާ ފޮތުގައިވާގޮތެވެ. އަދި ދުނިޔޭގެ ބޭނުންތަކާއި ތަކެތި އެދޭމީހާއަށް ތިމަންރަސްކަލާނގެ އެދުނިޔެއިން އޭނާއަށް ދެއްވާހުށީމެވެ. އަދި آخرة ގެ ދަރުމަޔާ ثواب އެދޭމީހާއަށް ތިމަންރަސްކަލާނގެ އެތަނުގެ ދަރުމަޔާއި ثواب ދެއްވާހުށީމެވެ. އަދި ނިކަންހުރެ ތިމަންރަސްކަލާނގެއަށް شكر ކުރާމީހުންނަށް جَزاء ދެއްވާހުށީމެވެ. (ހެޔޮދަރުމަޔާ ޖަޒާދެއްވާހުށީމެވެ.)

  55. 3:146

    وَكَأَيِّن مِّن نَّبِىٍّ قَـٰتَلَ مَعَهُۥ رِبِّيُّونَ كَثِيرٌ فَمَا وَهَنُوا۟ لِمَآ أَصَابَهُمْ فِى سَبِيلِ ٱللَّهِ وَمَا ضَعُفُوا۟ وَمَا ٱسْتَكَانُوا۟ ۗ وَٱللَّهُ يُحِبُّ ٱلصَّـٰبِرِينَ

    Wakaʹayyim min nabyyiñ q̣aatala maʻahoo Ribbiyyoona kaseer? Famaa wahanoo limaaa ʹaṣaabahum fee Sabeelil laahi wa-maa ḍaʻufoo wa-mas takaanoo. Wallaahu yuḥibbuṣ Ṣaabireen.

    އަދި އެބޭކަލުންނާއިއެކު علم ވެރި تقوى ވެރި އަޅުވެރިން ހަނގުރާމަކުރި ކިތައްކިތައް نبيُّ ންވޭހެއްޔެވެ؟ އަދި ﷲ ގެމަގުގައި އެބޭކަލުންނަށް އެދިމާވިކަންކަމުން (ވީ زَخَم އާއި އެޅި ވޭނުން) އެބޭކަލުން ދެރަވެ ބަލިކަށި ނުވެއެވެ. އަދި އެބޭކަލުން ضعِيْفُ ވެ عَدُوُّ ންނަށް ބޯލަނބައި ذليل ނުވެއެވެ. (ފުކެއްވެސް ހިތްވަރުން ދެރަނުވެއެވެ. ކެތްތެރިވެވަޑައިގެން ثابت ކަންމަތީ ތިއްބެވީއެވެ.) އަދިކެތްތެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.

  56. 3:147

    وَمَا كَانَ قَوْلَهُمْ إِلَّآ أَن قَالُوا۟ رَبَّنَا ٱغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِىٓ أَمْرِنَا وَثَبِّتْ أَقْدَامَنَا وَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَـٰفِرِينَ

    Wa-maa kaana q̣awlahum ʹillaaa ʹañ q̣aaloo Rabbanag̣ fir lanaa ẓunoobanaa wa-ʹisraafanaa feee ʹamrinaa was̤abbit ʹaq̣daamanaa wañṣurnaa ʻalal q̣awmil kaafireen.

    އަދި އެބޭކަލުންގެ - އެބަހީ رَبّانِىُّ ންގެ - يعني نبي ބޭކަލުންގެ އަރިހުގައި ހަނގުރާމަކުރެއްވި عِلْمُ ވެރި تقوى ވެރި އަޅުވެރިންގެ ބަސްފުޅުގައި އެބޭކަލުން މިފަދައިން ދެންނެވުން މެނުވީ ނުވެއެވެ. އެބޭކަލުން ދެންނެވިއެވެ. އޭއަޅަމެންގެ رَبّ އެވެ! އަޅަމެންނަށް އަޅަމެންގެ ފާފަތައް ފުއްސަވައިދެއްވާނދޭވެ! އަޅަމެންގެ ކަންތަކުގައި އަޅަމެން ކުރި އިސްރާފާއި (އެބަހީ އަޅަމެންގެ ކުދި ބޮޑެތި ފާފަތައް) ވެސް ފުއްސަވާ ދެއްވާނދޭވެ! އަދި އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާނދޭވެ! އަދި ކާފަރު މީސްތަކުންގެމައްޗަށް އަޅަމެނަށް نصر ދެއްވާނދޭވެ!

  57. 3:148

    فَـَٔاتَىٰهُمُ ٱللَّهُ ثَوَابَ ٱلدُّنْيَا وَحُسْنَ ثَوَابِ ٱلْـَٔاخِرَةِ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ

    Faʹaataahumul laahu s̤awaabad dunyaa waḥusna s̤awaabil ʹAakhirah: Wal-laahu yuḥibbul Muhsineen.

    ދެންފަހެ ﷲ تعالى އެބޭކަލުންނަށް ދުނިޔޭގެ ސަވާބު ދެއްވައިފިއެވެ. (عَدُوُّ ންގެމައްޗަށް نصر އާއި ކާމިޔާބު ދެއްވައިފިއެވެ.) އަދި آخرة ގެ ދަރުމަ މާ ރަނގަޅުވެގެންވެއެވެ. އަދި إحسان ތެރިންނަށް ﷲ ލޯބިވެ ވޮޑިގަންނަވައެވެ.

  58. 3:149

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تُطِيعُوا۟ ٱلَّذِينَ كَفَرُوا۟ يَرُدُّوكُمْ عَلَىٰٓ أَعْقَـٰبِكُمْ فَتَنقَلِبُوا۟ خَـٰسِرِينَ

    Yaaaʹayyuhal laẓeena ʹaamanoo ʹiñ tuṭeeʻul laẓeena kafaroo yaruddookum ʻalaaa ʹaʻq̣aaabikum fatañq̣aliboo khaasireen.

    އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ކާފަރުންނަށް ކިޔަމަންތެރިވެއްޖެއްޔާ އެމީހުން ކަލޭމެންގެ ފުންނާބުތަކުގެ މައްޗަށް ކަލޭމެން އަނބުރާ ގެންދާނެއެވެ. (އެބަހީ އަލުންވެސް ކަލޭމެން ކާފަރުކަމުގެ ތެރެއަށް ގެންދާނެއެވެ.) ދެން އޭރުން ކަލޭމެން އެނބުރިދާނީ ގެއްލިހަލާކުވެގެންވާ ބަޔަކުގެ ގޮތުގައެވެ.

  59. 3:150

    بَلِ ٱللَّهُ مَوْلَىٰكُمْ ۖ وَهُوَ خَيْرُ ٱلنَّـٰصِرِينَ

    Balil laahu maw-laakum, wa-Huwa Khayrun naaṣireen.

    އަދި ކިއެއްހެއްޔެވެ؟ ކަލޭމެންގެ ސަހަރޯވެރިއަކީ ހަމަ ﷲ އެވެ. އެކަލާނގެއީ نصر ދެއްވުމުގައި އެންމެހެޔޮވެގެންވާ ކަލާނގެއެވެ.

  60. 3:151

    سَنُلْقِى فِى قُلُوبِ ٱلَّذِينَ كَفَرُوا۟ ٱلرُّعْبَ بِمَآ أَشْرَكُوا۟ بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَـٰنًا ۖ وَمَأْوَىٰهُمُ ٱلنَّارُ ۚ وَبِئْسَ مَثْوَى ٱلظَّـٰلِمِينَ

    Sanulq̣ee fee q̣uloobil laẓeena kafarur ruʻba bimaaa ʹashrakoo bil-laahi maa- lam yunazzil bihee sulṭaanaa: wa-maʹwaa-humun Naar: wa-biʹsa mas̤waz̤̣ z̤̣aalimeen!

    އަދި ކާފަރުވީމީސްތަކުން އެމީހުން ﷲ އާއި ބައިވެރިކޮށް شريك ކުރުން ހުއްދަވާނެކަމުގެ އެއްވެސް حجّة އެއް دليل އެއްނެތް ތަކެއްޗާއި شريك ކުރިކަމުގެ ސަބަބުން - ﷲ އާއި ބައިވެރިކޮށް ހަމަހަމަކުރިކަމުގެ ސަބަބުން ތިމަންރަސްކަލާނގެ އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަވާހުށީމެވެ. އަދި قيامة ދުވަހުން އެމީހުންގެ ޖާގަޔަކީ ނަރަކައެވެ. އަދި އަނިޔާވެރިން ގޮސްތިބޭ ޖާގައިގެ ހުރި ނުބައިކަމާއެވެ!

  61. 3:152

    وَلَقَدْ صَدَقَكُمُ ٱللَّهُ وَعْدَهُۥٓ إِذْ تَحُسُّونَهُم بِإِذْنِهِۦ ۖ حَتَّىٰٓ إِذَا فَشِلْتُمْ وَتَنَـٰزَعْتُمْ فِى ٱلْأَمْرِ وَعَصَيْتُم مِّنۢ بَعْدِ مَآ أَرَىٰكُم مَّا تُحِبُّونَ ۚ مِنكُم مَّن يُرِيدُ ٱلدُّنْيَا وَمِنكُم مَّن يُرِيدُ ٱلْـَٔاخِرَةَ ۚ ثُمَّ صَرَفَكُمْ عَنْهُمْ لِيَبْتَلِيَكُمْ ۖ وَلَقَدْ عَفَا عَنكُمْ ۗ وَٱللَّهُ ذُو فَضْلٍ عَلَى ٱلْمُؤْمِنِينَ

    Wa-laq̣ad ṣadaq̣akumul laahu waʻdahooo ʹiẓ taḥussoonahum̃ biʹiẓnih, ḥattaaa ʹizaa fashiltum wa-tanaazaʻtum fil ʹamri wa-ʻaṣaytum mim baʻdi maaa ʹaraakum maa tuḥibboon. Miñkum mañy yureedud dunyaa wa-miñkum mañy yureedul ʹAakhirah. S̤umma ṣarafakum ʻanhum liyabtaliyakum. Wa-laq̣ad ʻafaa ʻañkum: wal-laahu Ẓoo faḍlin ʻalal Muʹmineen

    ދަންނައެވެ. މިއާޔަތްތަކުގައި بيان ވެގެންމިދަނީ أُحُدُ ހަނގުރާމައިގެ ދުވަހު އެ ميدان ގައި مؤمن ން ކުރިން މޮޅުވެ ކާމިޔާބުވުމަށްފަހު رَسُول ﷲ ﷺ ގެ އަމުރުފުޅާ ބައެއް مؤمن ން خلاف ވުމުގެ ސަބަބުން مؤمن ންނަށް ލިބުނު ދެރަކަމާއި ހިތާމައިގެ ވާހަކައިގެ إجمالى ވާހަކަކޮޅެކެވެ. މިޒަމާނުގައި މިއުޅޭ مؤمن ންވެސް ހަނދާންކުރަންވީ ކަމަކީ رَسُول ﷲ ﷺ ގެ أمر ފުޅާ އެއްކަމެއްގައިވެސް خلاف ވެއްޖެއްޔާ ގެއްލުމާ ހިތާމަޔާ މޮޅި ނުލިބިނުދާނެކަމެވެ. އެއީ ޝައްކެއްހުރި ކަމެއްނޫނެވެ. އަދި ހަމަކަށަވަރުން ﷲ تعالى ކަލޭމެންގެމައްޗަށް އެކަލާނގެ ކުރެއްވި وعد ފުޅު ތެދުކުރެއްވިއެވެ. (އެ وعد ފުޅަކީ رَسُول ﷲ ﷺ ގެ ދޫފުޅުން ކުރައްވާފައިވާ وعد ފުޅެކެވެ. ދުނިވެރިންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. "ކަލޭމެން ކަލޭމެންގެ مكان ގައި ثابت ވެތިބޭށެވެ! އަހުރެމެން ދެރަވީ ކަމުގައި ކަލޭމެނަށް ފެނުނަސް ކަލޭމެން ތިޔަތާ ސާބިތުވެތިބިހާހިނދަކު އަހުރެމެންނަކީ ގަދަމީހުންނެވެ." މިއެވެ. މި وعد ފުޅު އެކަލާނގެ ތެދުކޮށް ދެއްވިއެވެ.)\nއެއީ ﷲ ގެ އިޒުނަފުޅަށް ކަލޭމެން مؤمن ންގެ އަތްތަކުން އެމީހުން މަރަމުންދިޔަހިނދުގައެވެ. ކަލޭމެން ފިނޑިވެ ދެރަވެއްޖައުމަށްދާންދެނެވެ. އަދި ﷲ ގެ އަމުރުފުޅާމެދު ކަލޭމެން خلاف ވެ އަދި ކަލޭމެންގެ نبي އާގެ أمرފުޅަށް އުރެދިއްޖައުމަށްދާންދެނެވެ. (ދުނިއުކަން ތިބިމީހުން أمر ފުޅާ خلاف ވެ އެތަން ދޫކޮށްލައްވާދެން إسلام ންގެ لشكر ދިޔައީ ކާމިޔާބުވެ نصر ވެރިވަމުންނެވެ. އެމީހުން އެތަން ދޫކޮށްލައްވާ ހަމަ ދިއުމުން ދެން ހުރިހާ ނާކާމިޔާބަކާއި ދިމާވީއެވެ. ميدان ގަރަބުވެ رَسول އާ އަވަހާރަވީކަމަށްވެސް ކާފަރުން ގޮވައިލީއެވެ. އޭގެސަބަބުން مؤمن ންގެ ހިތްތައް ކަތިވެގެންދިޔައީ ކަނޑީން ކަތިވާވަރަށްވުރެ މާބޮޑަށެވެ.) މިކަންކަން މިހެން ދިމާވީ ކަލޭމެން އެދޭ ކަންތައް ކަލޭމެނަށް ފެނުމަށް ފަހުގައެވެ. (އެއީ نصر އާއި ކާމިޔާބެވެ. ކަލޭމެންގެތެރޭގައި ތިބީ ދުނިޔެ އެދޭމީހުންނާއި އަދި آخرة އެދޭމީހުންނެވެ. (ދުނިޔެ އެދޭމީހުންނަކީ غنيمة މުދަލާއި ދިމާއަށް ދެވުނުމީހުންނެވެ. آخرة އެދުނުމީހުންނަކީ ދުނިއުކުމުގައި ثابت ވެތިބިމީހުންނެވެ.) ދެން އެކަލާނގެ އެމީހުން ފިޔަވައި (އެމީހުންނާދުރަށް) ކަލޭމެން އަނބުރުއްވައި ލެއްވިއެވެ. އެއީ ކަލޭމެން إمتحان ކުރެއްވުމަށެވެ. (رَسول އާގެ أمر ފުޅާއި خلاف ވުމުގެ ދެރަކަން ދެއްކެވުމަށެވެ.) އަދި ހަމަކަށަވަރުން އެކަލާނގެ ކަލޭމެންގެ ކިބައިން އެކަން عفو ކުރެއްވިއެވެ. (އެބަހީ ގެއްލުންތަކެއް މުޅި لشكر އަށް ލިބުމަށްފަހުވެސް އަލުންވެސް لشكر ގެ ކަންތައް ހަމައަކަށް އަޅުއްވައިދެއްވައިފިއެވެ. އެއީ އެކަލާނގެ عفو ކުރެއްވުމުގެ ނަތީޖާއެވެ. އެވަގުތުކޮޅުގެތެރޭގައި ހަތްދިހަ ބޭކަލުން شهيد ވެ رَسُول ﷲ ﷺ زَخَم ވެވަޑައިގެންފައިވެއެވެ.) އަދި ﷲ އީ مؤمن ންގެ މައްޗަށް ނުހަނު އޯގާވަންތަ ކަމުގެ ވެރި ކަލާނގެއެވެ.

  62. 3:153

    ۞ إِذْ تُصْعِدُونَ وَلَا تَلْوُۥنَ عَلَىٰٓ أَحَدٍ وَٱلرَّسُولُ يَدْعُوكُمْ فِىٓ أُخْرَىٰكُمْ فَأَثَـٰبَكُمْ غَمًّۢا بِغَمٍّ لِّكَيْلَا تَحْزَنُوا۟ عَلَىٰ مَا فَاتَكُمْ وَلَا مَآ أَصَـٰبَكُمْ ۗ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ

    ʹIẓ tuṣʻidoona wa-laa talwoona ʻalaaa ʹaḥadiñw war-Rasoolu yadʻookum feee ʹukhraakum faʹaṣaabakum g̣ammam big̣ammil likaylaa ṭaḥzanoo ʻalaa maa- faatakum wa-laa maaa ʹaṣaabakum. Wal-laahu Khabeerum bimaa taʻmaloon.

    ކަލޭމެން مؤمن ން (مشرك ންގެ حملة ތަކުން ރައްކާތެރިވެގަތުމަށް) ފަރުބަދަމައްޗަށް އަރަން ދުއްވައިގަތްހިނދު ނުވަތަ ميدان ގެ ހުސްތާނގެ ވެލިގަނޑުމަތީ ދުއްވައިގަތްހިނދު (ހަނދުމަފުޅު ކުރައްވާށެވެ!) ކަލޭމެން ހަމައެކަކަށްވެސް އެނބުރި ފަހަތް ބައްލަވައިނުލައި ދިޔަހިނދު رَسُول އާ އަނެއް ފަރާތުގައި އަނެއް جماعة ގައި ހުންނަވައިގެން ކަލޭމެނަށް ގޮވާލައްވަނީއެވެ. (إِلَيَّ عِبَادَ ﷲ - ﷲ ގެ އަޅުތަކުންނޭ ތިމަންކަލޭގެފާނު އަރިހަށް އަންނާށޭ - މިފަދައިން ގޮވާލައްވަނީއެވެ. އަދި ކަލޭމެން ކަލޭމެންގެ نبي އާ ދޫކޮށްފާދިޔަކަމުގެ جزاء އެއްގެގޮތުން) ކަލޭމެންނަށް ހިތާމަޔާ މޮޅިވެރިކަން މަތިމައްޗަށް އެކަލާނގެ ޖެއްސެވިއެވެ. އެއީ ވޭތިވެދިޔަތަނާމެދު ދެން ކަލޭމެން ހިތާމަނުކުރުމަށެވެ. އަދި ކަލޭމެނަށް ޖެހުނުކަންތަކުގެމައްޗަށްވެސް ހިތާމަ ނުކުރުމަށެވެ. އަދި ﷲ އީ ކަލޭމެންކުރާ ކަންތައްތަކުގެ خبر ދެނެވޮޑިގެންވާ ކަލާނގެއެވެ.

  63. 3:154

    ثُمَّ أَنزَلَ عَلَيْكُم مِّنۢ بَعْدِ ٱلْغَمِّ أَمَنَةً نُّعَاسًا يَغْشَىٰ طَآئِفَةً مِّنكُمْ ۖ وَطَآئِفَةٌ قَدْ أَهَمَّتْهُمْ أَنفُسُهُمْ يَظُنُّونَ بِٱللَّهِ غَيْرَ ٱلْحَقِّ ظَنَّ ٱلْجَـٰهِلِيَّةِ ۖ يَقُولُونَ هَل لَّنَا مِنَ ٱلْأَمْرِ مِن شَىْءٍ ۗ قُلْ إِنَّ ٱلْأَمْرَ كُلَّهُۥ لِلَّهِ ۗ يُخْفُونَ فِىٓ أَنفُسِهِم مَّا لَا يُبْدُونَ لَكَ ۖ يَقُولُونَ لَوْ كَانَ لَنَا مِنَ ٱلْأَمْرِ شَىْءٌ مَّا قُتِلْنَا هَـٰهُنَا ۗ قُل لَّوْ كُنتُمْ فِى بُيُوتِكُمْ لَبَرَزَ ٱلَّذِينَ كُتِبَ عَلَيْهِمُ ٱلْقَتْلُ إِلَىٰ مَضَاجِعِهِمْ ۖ وَلِيَبْتَلِىَ ٱللَّهُ مَا فِى صُدُورِكُمْ وَلِيُمَحِّصَ مَا فِى قُلُوبِكُمْ ۗ وَٱللَّهُ عَلِيمٌۢ بِذَاتِ ٱلصُّدُورِ

    S̤umma ʹañzala ʻalaykum min baʻdil g̣ammi ʹamanatan nuʻaasañy yag̣shaa ṭaaaʹifatam miñkum waṭaaaʹifatuñ q̣ad ʹahammathum ʹañfusuhum ya-Z̤̣unnoona bil-laahi g̣ayral ḥaq̣q̣i z̤̣annal jaahiliyyah. Yaq̣ooloona hal lanaa minal ʹamri miñ shayʹ. Q̣ul ʹinnal ʹamra kullahoo lillaah. Yukhfoona feee ʹañfusihim Maa laa- yubdoona lak. Yaq̣ooloona law kaana lanaa minal ʹamri shayʹum maa q̣utilna haahunaa. Q̣ul law kuñtum fee buyootikum labarazal laẓeena kutiba ʻalayhimul q̣atlu ʹilaa maḍaajiʻihim; walliyabtaliyal laahu maa- fee ṣudoorikum waliyumaḥḥiṣa maa- fee q̣uloobikum. Wallaahu ʻAleemum biẓaatiṣ ṣudoor.

    ދެން ހިތާމަޔާ މޮޅިޔަށްފަހު ކަލޭމެންގެމައްޗަށް އެކަލާނގެ އަމާންކަން ބާވައިލެއްވިއެވެ. އެ އަމާންކަމަކީ ނިދިޖެހުމެކެވެ. ކަލޭމެންގެތެރެއިން އެއްބަޔަކު އެނިދީގައި ނިވައިވިއެވެ. (އެއީ إخلاص ތެރި مؤمن ންނެވެ. أبوطلحة ކިޔާ ބޭކަލަކު ވިދާޅުވިއެވެ. އެދުވަހު ނިދީގެ ނިވައިކަން ޖެހުނުމީހުންގެތެރޭގައި އަހުރެންވީމުއެވެ. އަހުރެންގެ އަތުން ކަނޑި ދޫވެގެން ވެއްޓުނެވެ. އަދި ކަނޑި ނެގުމުން އަލުންވެސް ވެއްޓުނެވެ. ދެންވެސް ނެގީއެވެ....... = تفسيرا طبري = )\nއަނެއް جماعة އެއްވެއެވެ. އެއީ لشكر ގައިވާ مُنافق ންކަމުގައިވެއެވެ. އެމީހުންނަކަށް ނިންޖެއް ނާދެއެވެ. އެއީ ބިރުންކަމުގައިވިއެވެ. ބިރުން ހުންނަ މީހާ ނިދި ނާންނާނެއެވެ. - އެމީހުންނަށް مُهِمُّ ކަމަކަށް ވެފައިވަނީ ހަމައެކަނި އެމީހުންގެ نفس دفاع ކުރުމެވެ. އަދި އެމީހުން ﷲ އާއި މެދު ހީކުރަނީ حقّ ނޫން ހީއެވެ. (ﷲ حقّ އަށް نصر ނުދެއްވާނެކަމަށެވެ. رَسُول ﷲ ﷺ އާއި مؤمن ން އެކީއެކަށް ހަލާކުވެދާނެކަމުގައެވެ.) އެއީ جاهلية ޒަމާނުގެ ހީކުރުމެކެވެ. އަދި އެމީހުން ބުނެއެވެ. އަހުރެމެންނަކަށް ކަންތަކުގެ އެއްވެސް إختيار އެއް ނުވެއެވެ. (އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ!) ހަމަކަށަވަރުން ހުރިހާކަމެއްވަނީ ﷲ އަށެވެ. އަދި އެމީހުން އެމީހުންގެ نفس ތަކުގައި ކަލޭގެފާނަށް ފާޅުނުކުރާ ކަންތައް ވަންހަނާކުރަނީއެވެ. އެއީ ކާފަރުކަމާއި ޝައްކެވެ. އަދި އެމީހުން ބުނަނީއެވެ. އަހުރެމެންނަށް މިކަމުގައި އެއްވެސް إختيار އެއްވީނަމަ މިތާ އަހުރެމެން (އަހުރެމެންގެތެރެއިން މަރުވިމީހުން) މަރުވެގެންނުދިޔައީއެވެ. - ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ކަލޭމެންގެ ގެތަކުގައި (ހަނގުރާމަޔަށް ނުނުކުމެ) ތިބިނަމަވެސް އެމީހެއްގެ މައްޗަށް މަރުވުން ނިޔާކުރެވިފައިވާ މީހެއްނަމަ އެމީހަކު މަރުވާންވީތަނަށް ނުކުމެ ހަމަޖެހޭނެއެވެ. އަދި އެއީ ކަލޭމެންގެ ހިތްތަކުގައިވާ نفاق ކަމުގެ ޝައްކު إمتحان ކޮށްލުމަށެވެ. އަދި ކަލޭމެންގެ ހިތްތަކުގައިވާ ޝައްކާއި وَهْمُ ގެ ތަކެތި ފިލުވާ طاهر ކުރުމަށެވެ. އަދި ﷲ އީ ހިތްތަކުގައިވާ ކަންތައްތަކާއި ތަކެތި ދެނެވޮޑިގެންވާ ކަލާނގެއެވެ.

  64. 3:155

    إِنَّ ٱلَّذِينَ تَوَلَّوْا۟ مِنكُمْ يَوْمَ ٱلْتَقَى ٱلْجَمْعَانِ إِنَّمَا ٱسْتَزَلَّهُمُ ٱلشَّيْطَـٰنُ بِبَعْضِ مَا كَسَبُوا۟ ۖ وَلَقَدْ عَفَا ٱللَّهُ عَنْهُمْ ۗ إِنَّ ٱللَّهَ غَفُورٌ حَلِيمٌ

    ʹInnal laẓeena tawallaw miñkum Yawmal taq̣al jamʻaani ʹinnamas tazal-lahumush Shayṭaanu bibaʻḍi maa- kasaboo. Wa-laq̣ad ʻafal laahu ʻanhum: ʹinnal laaha G̣afoorun Haleem.

    ހަމަކަށަވަރުން ދެلشكر ބައްދަލުވި أحد ހަނގުރާމައިގެދުވަހު ކަލޭމެންކުރެ ميدان ން ފުރަގަސްދިންމީހުން (ދަންނައެވެ!) އެއީ އެމީހުންނަށް ކުރެވިފައިވާ ބައެއް ފާފައިގެ ސަބަބުން شيطان އާ އެމީހުން ދެރަކޮށް ކުށުގެތެރެއަށް ވައްޓައިލިމީހުންނެވެ. އަދި ހަމަކަށަވަރުން ﷲ تعالى އެމީހުންނަށް عفو ކޮށްދެއްވައިފިއެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ކުއްލިއަކަށް عقوبة ނުދެއްވާ ކޯފާމަޑު ކަލާނގެއެވެ.

  65. 3:156

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَكُونُوا۟ كَٱلَّذِينَ كَفَرُوا۟ وَقَالُوا۟ لِإِخْوَٰنِهِمْ إِذَا ضَرَبُوا۟ فِى ٱلْأَرْضِ أَوْ كَانُوا۟ غُزًّى لَّوْ كَانُوا۟ عِندَنَا مَا مَاتُوا۟ وَمَا قُتِلُوا۟ لِيَجْعَلَ ٱللَّهُ ذَٰلِكَ حَسْرَةً فِى قُلُوبِهِمْ ۗ وَٱللَّهُ يُحْىِۦ وَيُمِيتُ ۗ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ

    Yaaaʹayyuhal laẓeena ʹaamanoo laa- takoonoo kallaẓeena kafaroo wa-q̣aalooo liʹikhwaanihim ʹiẓaa ḍaraboo fil ʹarḍi ʹaw kaanoo g̣uzzal law kaanoo ʻiñdanaa maa- maatoo wa-maa q̣utiloo; liyajʻalal laahu ẓaalika ḥasratañ fee q̣uloobihim. Wal-laahu yuḥee wa-yumeet, wallaahu bimaa taʻmaloona Baṣeer.

    އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ކާފަރުންފަދައިން ނުވާށެވެ! އަދި އެމީހުން އެމީހުންގެ أخ ންނާމެދު އެ أخ ން ވިޔަފާރިކުރުންފަދަކަމަކު ދަތުރަކު ދަންޏާ ނުވަތަ ހަނގުރާމަ ދަތުރަކު ދަންޏާ "އެމީހުންވެސް ދަތުރު ނުކޮށް އަހުރެމެން ގާތުތިބިނަމަ މަރުނުވީހެވެ. އަދި قتل ވެސް ނުވީހެވެ." މިފަދައިން އެމީހުންގެ أخ ންނަށް ބުނިމީހުންފަދައިން ނުވާށެވެ! އެމީހުން އެބަސް އެބުނަނީ ﷲ تعالى އެމީހުން އެބުނި ބުނުން އެމީހުންގެ ހިތްތަކުގައި ހިތާމަޔަކަށް ލެއްވުމަށެވެ. (އެމީހުން އެހެން އެބުނަނީ އެމީހުންގެ އީމާންކަން ދެރަކަމުންނެވެ. އެހެންނޫންނަމަ އެންމެހައި ކަމަކީ ﷲ ގެ ބާރުގެދަށުން ހިނގާކަންތައްކަން އެމީހުން ދަންނަންވާނެއެވެ.)\nއަދި ﷲ تعالى އީ ތަކެތި ދިރުއްވާ އަދިމަރުއްވާ ކަލާނގެއެވެ. އަދި ކަލޭމެންކުރާ ކަންތައްތައް ﷲ ދެނެވޮޑިގެންވެއެވެ.

  66. 3:157

    وَلَئِن قُتِلْتُمْ فِى سَبِيلِ ٱللَّهِ أَوْ مُتُّمْ لَمَغْفِرَةٌ مِّنَ ٱللَّهِ وَرَحْمَةٌ خَيْرٌ مِّمَّا يَجْمَعُونَ

    Wa-laʹiñ q̣utiltum fee Sabeelil laahi ʹaw muttum lamag̣firatum minal laahi wa-raḥmatun khayrum mimmaa yajmaʻoon.

    އަދި ކަލޭމެން (މުއުމިނުން) ﷲ ގެމަގުގައި قتل ވީނަމަވެސް ނުވަތަ މަރުވިނަމަވެސް ހަމަކަށަވަރުން ކަލޭމެނަށް ﷲ ގެ حضرة ން ކަނޑައެޅިގެން އެވާ ފާފަފުއްސެވުމާއި އަދި رحمة އެމީހުން އެޖަމާކުރާ ދުނިޔޭގެ ސާމާނަށްވުރެ މާހެޔޮވެގެންވެއެވެ.

  67. 3:158

    وَلَئِن مُّتُّمْ أَوْ قُتِلْتُمْ لَإِلَى ٱللَّهِ تُحْشَرُونَ

    Wa-laʹim muttum ʹaw q̣utiltum laʹilal laahi tuḥsharoon.

    އަދި ކަލޭމެން މަރުވިނަމަވެސް އަދި ނުވަތަ قتل ވީނަމަވެސް ކަނޑައެޅިގެން ކަލޭމެން ﷲ ގެ حضرة އަށް محشر ކުރެވޭނެއެވެ. އެއްކުރެއްވޭނެއެވެ. (އަދި އެއްކުރެވޭނީ ހަމައެކަލާނގެ حضرة އަށެވެ.)

  68. 3:159

    فَبِمَا رَحْمَةٍ مِّنَ ٱللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ ٱلْقَلْبِ لَٱنفَضُّوا۟ مِنْ حَوْلِكَ ۖ فَٱعْفُ عَنْهُمْ وَٱسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِى ٱلْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى ٱللَّهِ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَوَكِّلِينَ

    Fabimaa Raḥmatim minal laahi liñta lahum. Wa-law kuñta faz̤̣z̤̣an g̣aleez̤̣al q̣albi lañ-faḍḍoo min ḥawlik: faʻfu ʻanhum wastag̣fir lahum wa-shaawir-hum fil ʹamr. Faʹiẓaa ʻazamta fatawakkal ʻalal laah. ʹInnal laaha yuḥibbul Mutawakkileen.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު މީސްތަކުންނަށް އޯގާވެރިވެ މަޑުމައިތިރި ބޭކަލަކުކަމުގައިވީ ހަމަ ﷲ ގެ رحمة ންނެވެ. އަދި ކަލޭގެފާނަކީ ހަރުކަށި ކުރަކި އަދި ހިތްގަދަ ބޭކަލަކުކަމުގައި ވެވަޑައިގެންނެވިނަމަ ކަލޭގެފާނުންގެ ވަށައިގެން މީސްތަކުން ދުރަށް ހިނގައްޖައީހެވެ. ފަހެ ކަލޭގެފާނު އެމީހުނަށް عفو ކުރައްވާށެވެ! އަދި އެމީހުންގެ ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ! އަދި އެކިއެކި ކަންކަމުގައި ކަލޭގެފާނު އެމީހުނާ مشورة ކުރައްވާށެވެ! (އަދި އެމީހުންގެ ވާހަކަ ކަލޭގެފާނު އައްސަވާކަން ކަލޭގެފާނު އެމީހުންނަށް ދައްކަވާށެވެ! އަދި އެމީހުންގެ ފަރާތުން އެހީ ބޭނުންފުޅުކުރައްވާށެވެ!) އަދި ކަލޭގެފާނު ކަމެއްކުރައްވަން عزم ކުރައްވާ ކަނޑައަޅުއްވައިފިއްޔާ ފަހެ ﷲ އަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން وكيل ކުރާ މީހުންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.

  69. 3:160

    إِن يَنصُرْكُمُ ٱللَّهُ فَلَا غَالِبَ لَكُمْ ۖ وَإِن يَخْذُلْكُمْ فَمَن ذَا ٱلَّذِى يَنصُرُكُم مِّنۢ بَعْدِهِۦ ۗ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ

    ʹIñy yañṣurkumul laahu falaa g̣aaliba lakum: wa-ʹiñy yakhẓulkum famañ ẓal laẓee yañ-ṣurukum mim baʻdih? Wa-ʻalal laahi fal-yatawak-kalil Muʹminoon.

    ﷲ ކަލޭމެނަށް نصر ދެއްވަންޏާ ފަހެ ކަލޭމެންގެމައްޗަށް ގަދަވާނެ އެހެން ބަޔަކު ނުވެއެވެ. އަދި އެކަލާނގެ ކަލޭމެން ދެރަކުރައްވާ އަދި އެހީވެވޮޑި ނުގަންނަވަންޏާ އެކަލާނގެއަށްފަހު ދެން ކަލޭމެނަށް نصر ދޭނީ ކާކުހެއްޔެވެ؟ (نصر ދޭނޭ މީހަކު ނުވާނެއެވެ.) އަދި ހަމައެކަނި مؤمن ން ﷲ އަށް وكيل ކުރާހުށިކަމެވެ!

  70. 3:161

    وَمَا كَانَ لِنَبِىٍّ أَن يَغُلَّ ۚ وَمَن يَغْلُلْ يَأْتِ بِمَا غَلَّ يَوْمَ ٱلْقِيَـٰمَةِ ۚ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ

    Wa-maa kaana linabiyyin ʹañy yag̣ull. Wa-mañy yag̣lul yaʹti bimaa g̣alla Yawmal Q̣iyaamah; s̤umma tuwaffaa kullu nafsim maa kasabat wahum laa- yuz̤̣lamoon.

    އަދި غنيمة މުދާ قواعد ން ނުބަހަނިސް އެއިން އެއްވެސް އެއްޗެއް ބޭނުންކުރުމަކީ އެއްވެސް نبي އަކަށް ހުއްދަކަމެއްނޫނެވެ. އަދި ނު قواعد ން އެއިން އެއްޗެއް ބޭނުންކޮށްފިމީހާ (ދަންނައެވެ!) قيامة ދުވަހުން އެމީހަކު އަންނަހުށީ އެއެއްޗަކާއިގެންނެވެ. (އެމީހެއްގެ ކަރުގައި އެއްޗެއް ބަނދެވިފައިވާނެއެވެ. އެމީހާ އެއިން ސަލާމަތްވާން އެދޭނެއެވެ. އެކަމަކު ސަލާމަތް ނުވެވޭނެއެވެ.) ދެން ކޮންމެ نفس އަކަށްމެ އެ نفس އެއް ކުރިކަމެއްގެ جزاء ފުރިހަމަ ކުރެވޭނެއެވެ. އަދި އެމީހުންނަށް އިތުރު އަނިޔާ ނުލިބެވޭނެއެވެ.

  71. 3:162

    أَفَمَنِ ٱتَّبَعَ رِضْوَٰنَ ٱللَّهِ كَمَنۢ بَآءَ بِسَخَطٍ مِّنَ ٱللَّهِ وَمَأْوَىٰهُ جَهَنَّمُ ۚ وَبِئْسَ ٱلْمَصِيرُ

    ʹAfamanit tabaʻa Riḍwaanal laahi kamam baaaʹa bisakhaṭim minal laahi wa-maʹwaahu Jahannam, wa-biʹsal maṣeer?

    އަޅެފަހެ ﷲ ގެ ރުއްސެވުމާ تبع ވީމީހާޔާއި ﷲ ގެ حضرة ން ކޯފާޔާއިގެން އެނބުރި އައިމީހާޔާ ހަމައެއްފަދަހެއްޔެވެ؟ (އެހެން ނުވާނެއެވެ.) އަދި ކޯފާޔާއިގެން އައިމީހާގެ ޖާގަޔަކީ قيامة ދުވަހުން ނަރަކައެވެ. އަދި އޭނާ އެނބުރިގޮސް ނިމޭތަން ނުބައިވެގެންވެއެވެ.

  72. 3:163

    هُمْ دَرَجَـٰتٌ عِندَ ٱللَّهِ ۗ وَٱللَّهُ بَصِيرٌۢ بِمَا يَعْمَلُونَ

    Hum darajaatun ʻiñdal laah: wallaahu Baṣeerum bimaa yaʻmaloon.

    އެމީހުންވަނީ ﷲ ގެ حضرة ގައި ދަރަޖަތަކެއްގައެވެ. (އެބަހީ ﷲ ގެ ރުއްސެވުމާއި ތަބާވީ މީހުންވަނީ ދަރަޖަތަކެއްގައެވެ.) އަދި އެމީހުން ކުރާ ކަންތަކަށް ﷲ ބައްލަވާވޮޑިގެންވެއެވެ.

  73. 3:164

    لَقَدْ مَنَّ ٱللَّهُ عَلَى ٱلْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِّنْ أَنفُسِهِمْ يَتْلُوا۟ عَلَيْهِمْ ءَايَـٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَـٰلٍ مُّبِينٍ

    Laq̣ad mannal laahu ʻalal Muʹmineena ʹiẓ baʻas̤a feehim Rasoolam min ʹañfusihim yatloo ʻalayhim ʹAayaatihee wa-yuzak-keehim wa-yuʻallimu-humul Kitaaba wal-Ḥikmata wa-ʹiñ kaanoo miñ q̣ablu lafee ḍalaalim mubeen.

    ހަމަކަށަވަރުން ﷲ تعالى مؤمن ންގެމައްޗަށް نعمة ލައްވާ ދަރުމަވަންތަވެވޮޑިގެންވިއެވެ. އެއީ އެމީހުންގެތެރެއިން އެމީހުން ވާހަކަދައްކާބަހުން އެމީހުންނަށް އެކަލާނގެ رسول ބޭކަލަކު ފޮނުއްވިހިނދުންނެވެ. އެކަލޭގެފާނު އެމީހުންނަށް އެކަލާނގެ އާޔަތްތައް ކިޔަވާ ވިދާޅުވެދެއްވާ އަދި އެމީހުން (އެކަލޭގެފާނާ تبع ވުމުން) އެމީހުން ފާފައިން طاهر ކުރައްވާ އަދި އެކަލޭގެފާނު އެމީހުންނަށް ފޮތާއި حكمة (އެބަހީ سنّة) އުގަންނަވައިދެއްވާ ބޭކަލެކެވެ. އަދި އޭގެކުރީގައި އެމީހުން ކަނޑައެޅިގެން بيان ވެގެންވާ މަގުފުރެދުމެއްގައި ވީނަމަވެސްމެއެވެ.

  74. 3:165

    أَوَلَمَّآ أَصَـٰبَتْكُم مُّصِيبَةٌ قَدْ أَصَبْتُم مِّثْلَيْهَا قُلْتُمْ أَنَّىٰ هَـٰذَا ۖ قُلْ هُوَ مِنْ عِندِ أَنفُسِكُمْ ۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

    ʹA-walammaaa ʹaṣaabatkum muṣeebatuñ q̣ad ʹaṣabtum mis̤layhaa q̣ultum ʹannaa haaẓaa? Q̣ul huwa min ʻiñdi ʹañfusikum: ʹinnal laaha ʻalaa kulli shayʹiñ Q̣adeer.

    އަޅެފަހެ ކަލޭމެނަށް مصيبة އެއްޖެހުނު ކޮންމެހިނދެއްގައި (އެބަހީ مشرك ންގެ ފަރާތުން ކަލޭމެނަށް ނާކަމިޔާބުވީމާ) ކަލޭމެން ބުނަނީހެއްޔެވެ. މިއީ ކިހިނެއްޖެހުނު مصيبة އެއްހެއްޔެވެ؟ (އަހުރެމެން މި ހަނގުރާމަކުރަނީ ﷲ ގެ މަގުގައެވެ. އަދި އަހުރެމެންގެތެރޭގައި މިވަނީ وحي ބާވައިލެއްވޭ رسول އެކެވެ. އަދި ﷲ ވަނީ نصر ދެއްވާނެކަމުގެ وعد ފުޅުކުރައްވާފައެވެ.) އޭ رسول ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެއީ ހަމަ ކަލޭމެންގެ نفس ތަކުގެ ފަރާތުން އައި مصيبة އެކެވެ. ކަލޭމެންގެތެރެއިން ކޮންމެވެސް ބަޔަކު رسول އާގެ ބަސްފުޅާ خلاف ވުމުގެ ސަބަބުންއައި مصيبة އެކެވެ. އަދި މީގެކުރީ ބަދުރު ހަނގުރާމައިގާ) ކަލޭމެންނަށް أحد ހަނގުރާމައިގާ މިލިބުނުވަރުގެ ދެގުނަ مشرك ންނަށް ކަލޭމެން ދިނީމުއެވެ. ހަމަކަށަވަރުން ކޮންމެކަމެއްގެ މައްޗަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.

  75. 3:166

    وَمَآ أَصَـٰبَكُمْ يَوْمَ ٱلْتَقَى ٱلْجَمْعَانِ فَبِإِذْنِ ٱللَّهِ وَلِيَعْلَمَ ٱلْمُؤْمِنِينَ

    Wa-maaa ʹaṣaabakum yawmal taq̣al jamʻaani fabiʹiẓnil laahi wa-liyaʻlamal Muʹmineen;

    އަދި ދެ لشكر ބައްދަލުވި (أحد ހަނގުރާމައިގެ) ދުވަހު ކަލޭމެން مؤمن ންނަށް އެދިމާވި مصيبة އެއް އެއީ ހަމަ ﷲ ގެ އިޒުނަފުޅަށް ދިމާވިކަމެކެވެ. (ﷲ ގެ قضَاء قَدَرُ ގެފަރާތުން އައިކަމެކެވެ.) އަދި އެއީ مؤمن ންނަށް އެންގެވުމަށެވެ. (އެބަހީ إيمان ކަމުގެ أهل ވެރިންނަކީ ކޮބައިކަންވެސް مؤمن ންނަށް އެންގެވުމަށެވެ.)

  76. 3:167

    وَلِيَعْلَمَ ٱلَّذِينَ نَافَقُوا۟ ۚ وَقِيلَ لَهُمْ تَعَالَوْا۟ قَـٰتِلُوا۟ فِى سَبِيلِ ٱللَّهِ أَوِ ٱدْفَعُوا۟ ۖ قَالُوا۟ لَوْ نَعْلَمُ قِتَالًا لَّٱتَّبَعْنَـٰكُمْ ۗ هُمْ لِلْكُفْرِ يَوْمَئِذٍ أَقْرَبُ مِنْهُمْ لِلْإِيمَـٰنِ ۚ يَقُولُونَ بِأَفْوَٰهِهِم مَّا لَيْسَ فِى قُلُوبِهِمْ ۗ وَٱللَّهُ أَعْلَمُ بِمَا يَكْتُمُونَ

    Wa-liyaʻlamal laẓeena naafaq̣oo wa-q̣eela lahum taʻaalaw q̣aatiloo fee Sabeelil laahi ʹawid faʻoo. Q̣aaloo law naʻlamu q̣itaalal-lat tabaʻnaakum. Hum lilkufri yawmaʹiẓin ʹaq̣rabu minhum lil-ʹeemaan, Yaq̣ooloona biʹafwaahihim maa laysa fee q̣uloobihim. Wal-laahu ʹAʻlamu bimaa yaktumoon.

    އަދި منافق ވީ މީހުންނަށްވެސް އެންގެވުމަށެވެ. (އެބަހީ منافق ންނަށްވެސް إخلاص ތެރި مؤمن ންނާއި منافق ން ރަނގަޅަށް ވަކިކޮށް އެނގުމަށްޓަކައެވެ.) އަދި އެ منافق ންނަށް ބުނެވުނެވެ. ކަލޭމެން ﷲ ގެ މަގުގައި ހަނގުރާމަކުރުމަށް އަންނާށެވެ! ނުވަތަ ميدان ގައި މީހުން ގިނަކޮށް ބައިބޮޑު ކުރުމަށް އަންނާށެވެ! އޭގެ جواب ގައި އެމީހުން ބުނީ ހަނގުރާމައެއްކަހަލަ ހަނގުރާމައެއްވާނެކަން އަހުރެމެންނަށް އެނގޭނަމަ އަހުރެމެން ކަލޭމެނާ تبع ވީމުހެވެ. (އަހުރެމެންނަށް ހީވާގޮތުގައި ތިޔައީ އެއްވެސް ހަނގުރާމައެއް ހިނގާނެކަމެއްނޫނެވެ.) އެދުވަހު އެމީހުން إيمان ކަމަށްވުރެ ކާފަރުކަމަށް ގާތްކަން ބޮޑެވެ. އެމީހުންގެ ހިތްތަކުގައި ނެތްތަކެތި އެމީހުންގެ ދޫތަކުން ބުނަނީއެވެ. އަދި އެމީހުންގެ ހިތްތަކުގައި ވަންހަނާކޮށް ނިވައިކޮށްފައިވާ ތަކެތި ﷲ ދެނެވޮޑިގެންވެއެވެ.

  77. 3:168

    ٱلَّذِينَ قَالُوا۟ لِإِخْوَٰنِهِمْ وَقَعَدُوا۟ لَوْ أَطَاعُونَا مَا قُتِلُوا۟ ۗ قُلْ فَٱدْرَءُوا۟ عَنْ أَنفُسِكُمُ ٱلْمَوْتَ إِن كُنتُمْ صَـٰدِقِينَ

    ʹAllaẓeena q̣aaloo liʹikhwaanihim wa-q̣aʻadoo law ʹaṭaaʻoonaa maa q̣utiloo Q̣ul fadraʹoo ʻan ʹañfusikumul mawta ʹiñ kuñtum ṣaadiq̣een.

    އެމީހުންނަކީ (އެބަހީ އެ منافق ންނަކީ) އެމީހުން ހަނގުރާމައަށް ނުގޮސް ގޭގައި އިށީނދެތިބެ (مشرك ންކުރެ أحد ހަނގުރާމައިގާ މަރުވި مشرك ންގެ) أخ ންނަށް مخاطب ކުރެވޭގޮތަށް ބުނިމީހުންނެވެ. މި منافق ން ބުންޏެވެ. އެމީހުންވެސް (އެބަހީ އެމަރުވި މީހުންވެސް) އަހުރެމެންނަށް ކިޔަމަންވެގެން ތިބިނަމަ އެ ميدان ގައި މަރުނުވީހެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނަކީ ތެދުބުނާ ބަޔަކުކަމުގައިވަންޏާ ކަލޭމެން ނިކަން ކަލޭމެންގެ نفس ތަކުން މަރު ދުރުކޮށްބަލާށެވެ! (ކަލޭމެން މަރުވިޔަނުދޭށެވެ!) އެއީ ވާނެކަމެއްނޫނެވެ.

  78. 3:169

    وَلَا تَحْسَبَنَّ ٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ أَمْوَٰتًۢا ۚ بَلْ أَحْيَآءٌ عِندَ رَبِّهِمْ يُرْزَقُونَ

    Wa-laa taḥsabannal laẓeena q̣utiloo fee Sabilil laahi ʹamwaataa. Bal ʹaḥyaaaʹun ʻiñda Rabbihim yurzaq̣oon;

    އަދި ﷲ ގެމަގުގައި ހަނގުރާމަކޮށް قتل ވެ شهيد ވެގެންދިޔަ މީހުންނަކީ މަރުވެފައިވާ ބަޔަކު ކަމުގައި އެއްގޮތަކަށްވެސް ކަލޭމެން ހީނުކުރާށެވެ! އަދި ކިއެއްހެއްޔެވެ؟ އެމީހުންނަކީ އެމީހުންގެ ربّ ގެ حضرة ގައި رزق ލިބިލިބި ތިބޭ حال ދިރިތިބި ބައެކެވެ.

  79. 3:170

    فَرِحِينَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ وَيَسْتَبْشِرُونَ بِٱلَّذِينَ لَمْ يَلْحَقُوا۟ بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

    Fariḥeena bimaaa ʹaataahumul laahu miñ faḍlihee wa-yas-tabshiroona billaẓeena lam yalḥaq̣oo bihim min khalfihim ʹallaa khawfun ʻalayhim wa-laa hum yaḥzanoon.

    އަދި ﷲ އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން އެމީހުންނަށް ދެއްވިތަކެއްޗާމެދު (عدد ނުކުރެވޭހާ نعمة އާއި كرامة އާއިމެދު) އެމީހުން އުފާކުރެއެވެ. އަދި އެމީހުން شهيد ވެގެންދިޔައިރު شهيد ވެގެން އެމީހުންނާ ބައްދަލުނުވެ ދުނިޔޭގައި އަދި ތިބި މީހުން ގެ މައްޗަށް އެއްވެސް ބިރުވެރިކަމެއް ނެތްކަމާއި އަދި އެމީހުންނަކީ ހިތާމަކުރާނެ ބަޔަކުނޫންކަމުގެ އުފާވެރި خبر ލިބިލިބިއެވެ. އެމީހުންނަށް އެޚަބަރު ދެއްވަނީ ﷲ އެވެ.

  80. 3:171

    ۞ يَسْتَبْشِرُونَ بِنِعْمَةٍ مِّنَ ٱللَّهِ وَفَضْلٍ وَأَنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُؤْمِنِينَ

    Yastabshiroona biniʻmatim minal laahi wa-faḍliñw wa-ʹannal laaha laa yuḍeeʻu ʹajral Muʹmineen.

    ﷲ ގެ حضرة ންވާ نعمة އާއި فضل ވަންތަކަމުން އުފާކުރާ حال ގައި އެމީހުންވެއެވެ. އަދި ހަމަކަށަވަރުން مؤمن ންގެ ދަރުމަޔާ ثواب ﷲ ގެއްލެނި ނުކުރައްވާނެއެވެ.

  81. 3:172

    ٱلَّذِينَ ٱسْتَجَابُوا۟ لِلَّهِ وَٱلرَّسُولِ مِنۢ بَعْدِ مَآ أَصَابَهُمُ ٱلْقَرْحُ ۚ لِلَّذِينَ أَحْسَنُوا۟ مِنْهُمْ وَٱتَّقَوْا۟ أَجْرٌ عَظِيمٌ

    ʹAl-laẓeenas tajaaboo lil-laahi war-Rasooli mim baʻdi maaa ʹaṣaabahumul q̣arḥu lil-laẓeena ʹaḥsanoo minhum wattaq̣aw ʹajrun ʻaz̤̣eem.

    އެމީހުންނަކީ އެބަހީ އެބައިމީހުންގެ ދަރުމަޔާ ثواب ﷲ ގެއްލެނި ނުކުރައްވާނޭ ކަމަށް މިއެންގެވުނުމީހުންނަކީ އެމީހުން زخم ވެ ފާރުވުމާއި އެކުވެސް އެމީހުން ﷲ އަށާއި رسول އާއަށް އިޖާބަދިން މީހުންނެވެ. އެމީހުންގެ ތެރެއިން ހެޔޮކޮށްހިތައި إحسان ތެރިވެ އަދި އެމީހުން تقوى ވެރިވީމީހުންނަށްހުރީ ބޮޑުވެގެންވާ ދަރުމައެވެ.

  82. 3:173

    ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدْ جَمَعُوا۟ لَكُمْ فَٱخْشَوْهُمْ فَزَادَهُمْ إِيمَـٰنًا وَقَالُوا۟ حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ

    ʹAllaẓeena q̣aala lahumun naasu ʹinnan naasa q̣ad jamaʻoo lakum fakhshawhum fazaadahum ʹeemaana: wa-q̣aaloo ḥasbunal laahu wa-Niʻmal Wakeel.

    އެމީހުންނަކީ ހަމަކަށަވަރުން ކަލޭމެންނާ ހަނގުރާމަކުރުމަށް މީސްތަކުން އެއްވެ جمع ވެއްޖެއޭ (އެބަހީ أبوسفيان އާއި އޭނާގެ އެކުވެރިން ޖަމާވެއްޖެއޭ) ފަހެ އެހެންވެ ކަލޭމެން އެމީހުންދެކެ ބިރުގަންނާށޭ! މިހެން މީސްތަކުން އައިސް ގޮވާލެވުނު މީހުންނެވެ. (މިއާޔަތުގައި މިފަހުން މިނަންގަނެވުނު މީސްތަކުންނޭ އޮތްބަސްފުޅުގެ މުރާދަކީ أبوسفيان ފޮނުވި އެންމެ أَعْرَابى އަކުކަމުގައި ބައެއް مفسّرން ލިއުއްވައެވެ.) ދެންފަހެ މިމީހަކު އައިސް މިހެން ގޮވާލެވުމުން محمّد ﷺ އަށާއި އެކަލޭގެފާނުންގެ أصحاب ންނަށް އިތުރުވެގެންދިޔައީ އީމާންކަމެވެ. އަދި އެބޭކަލުން ވިދާޅުވީ އަހުރެމެންނަށް ﷲ ފުދެއެވެ. (އަހުރެމެން وكيل ކޮށް އިތުބާރުކުރަނީ ﷲ އަށެވެ.) އެކަލާނގެއީ وكيل ކޮށް އިތުބާރުކުރުމަށް އެންމެ ރަނގަޅުވެގެންވާ ފަރާތެވެ.

  83. 3:174

    فَٱنقَلَبُوا۟ بِنِعْمَةٍ مِّنَ ٱللَّهِ وَفَضْلٍ لَّمْ يَمْسَسْهُمْ سُوٓءٌ وَٱتَّبَعُوا۟ رِضْوَٰنَ ٱللَّهِ ۗ وَٱللَّهُ ذُو فَضْلٍ عَظِيمٍ

    Fañ-q̣alaboo biniʻmatim minal laahi wa-faḍlil lam yam-sashum soooʹuñw wattabaʻoo Riḍ-waanal laah: wal-laahu Ẓu faḍlin ʻAz̤̣eem.

    ދެންފަހެ (أبوسفيان ގެ لشكر އާ ދިމާއަށް ނުކުންނެވި އިސްލާމުންގެ ބޭކަލުން ދަންނައެވެ!) އެބޭކަލުން އެނބުރި ވަޑައިގެންނެވީ ﷲ ގެ حضرة ން نعمة އާއި فضل ވަންތަވެރިކަމާއިގެންނެވެ. އަދި އެބޭކަލުންނަށް އެއްވެސް ބާވަތެއްގެ ނުބައެއް - ނުރައްކަލެއް ދިމާއެއް ނުވެއެވެ. އަދި އެބޭކަލުން تبع ވެވަޑައިގެންނެވީ ﷲ ގެ ރުއްސެވުމާއިއެވެ. (އެއީ رَسول އާގެ އެންގެވުމަށް عدوّ ންގެ ފަހަތުން އެމީހުން އަތުލައިގަތުމަށް ނުކުމެވަޑައިގެންނެވުމެވެ. رَسولއާއި تبع ވެވަޑައިގަތުމުން އެބޭކަލުންނަށް ލިބިވަޑައިގެންނެވި ރުހިވޮޑިގަތުމެވެ.) އަދި ﷲ އީ ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިކަލާނގެއެވެ.

  84. 3:175

    إِنَّمَا ذَٰلِكُمُ ٱلشَّيْطَـٰنُ يُخَوِّفُ أَوْلِيَآءَهُۥ فَلَا تَخَافُوهُمْ وَخَافُونِ إِن كُنتُم مُّؤْمِنِينَ

    ʹInnamaa ẓaalikumush Shayṭaanu yukhawwifu ʹawliyaaaʹah. Falaa takhaafoohum wa-khaafooni ʹiñ kuñtum Muʹmineen.

    ހަމަކަށަވަރުން އެއީ އެއަޑަކީ: (އެބަހީ ހަމަކަށަވަރުން މީސްތަކުން ކަލޭމެނާ ހަނގުރާމަކުރުމަށް ޖަމާވެއްޖެޔޭ ކަލޭމެން އެމީހުނަށް ބިރުގަންނާށޭ!) މިހެން ގޮވާލި އަޑަކީ شيطان އާ ކޮންމެވެސް މީހެއްގެ އަނގަޔަށް އެއްލި كلمة ތަކެކެވެ. އެއީ شيطان އާ އޭނާގެ އެހީތެރިން ލައްވައި (أبوسفيان އާއި އޭނާގެ އެކުވެރިން ލައްވައި) ކަލޭމެން مؤمن ން ބިރުގަންނަވަން ގޮވިގޮވުމެކެވެ. ފަހެ ކަލޭމެން އެމީހުންނަށް ބިރުނުގަންނާށެވެ! އަދި ކަލޭމެންނަކީ مؤمن ންކަމުގައިވަންޏާ ހަމައެކަނި ތިމަންރަސްކަލާނގެއަށް ބިރުގަންނާށެވެ! * ދަންނައެވެ! އިސްވެދިޔަ ހަތަރު އާޔަތުގައި އިޝާރާތްވެގެން އެދަނީ أحد ހަނގުރާމައިގެ ކަންތައް ނިމިގެން رسول ﷲ ﷺ ގެ أمر ފުޅަށް ކިޔަމަންތެރިވުމުގެގޮތުން زَخَم ތަކާއިއެކުވެސް ނުކުމެވަޑައިގަތް ބޭކަލުންގެވާހަކައެވެ. ނަތީޖާއަކަށްވީ އެބޭކަލުންނަށް އެއްވެސް އުނދަގުލެއް ގެއްލުމެއް ނުވެ ﷲ އާއި رسول އާއަށް ކިޔަމަންތެރިވުމުގެ ނަސީބު ލިބުމާއިއެކު ސަލާމަތުން އެނބުރި رجوع ވުމެވެ.

  85. 3:176

    وَلَا يَحْزُنكَ ٱلَّذِينَ يُسَـٰرِعُونَ فِى ٱلْكُفْرِ ۚ إِنَّهُمْ لَن يَضُرُّوا۟ ٱللَّهَ شَيْـًٔا ۗ يُرِيدُ ٱللَّهُ أَلَّا يَجْعَلَ لَهُمْ حَظًّا فِى ٱلْـَٔاخِرَةِ ۖ وَلَهُمْ عَذَابٌ عَظِيمٌ

    Wa-laa yaḥzuñkal laẓeena yusaariʻoona fil kufr: ʹinnahum lañy yaḍurrul laaha shayʹaa. Yureedul laahu ʹallaa yajʻala lahum ḥaz̤̣z̤̣añ fil ʹAakhirati wa-lahum ʻaẓaabum ʻaz̤̣eem.

    (އޭ رسول ﷲ އެވެ!) ކާފަރުކަމުގައި އަވަސްވެގަންނަމީހުންނާއިމެދު ކަލޭގެފާނު ހިތާމަފުޅު ވިޔަނުދެއްވާށެވެ! ހަމަކަށަވަރުން އެމީހުންނަކަށް ﷲ އަށް އެއްވެސް ގެއްލުމެއް އުނދަގުލެއް ނުކުރެވޭނެއެވެ. ﷲ އެދިވޮޑިގަންނަވަނީ آخرة ގައި އެމީހުންނަށް އެއްވެސް نصيب އެއް ނުލެއްވުމަށެވެ. އަދި އެމީހުންނަށް قيامة ދުވަހުން ހުރީ ބޮޑުވެގެންވާ عذاب އެވެ.

  86. 3:177

    إِنَّ ٱلَّذِينَ ٱشْتَرَوُا۟ ٱلْكُفْرَ بِٱلْإِيمَـٰنِ لَن يَضُرُّوا۟ ٱللَّهَ شَيْـًٔا وَلَهُمْ عَذَابٌ أَلِيمٌ

    ʹInnal laẓeenash tarawul kufra bil-ʹeemaani lañy yaḍurrul laaha shayʹaa; wa-lahum ʻaẓaabun ʹaleem.

    ހަމަކަށަވަރުން އީމާންކަންދީފާ ކާފަރުކަން ގަންނަ މީސްތަކުން (އެބަހީ އީމާންކަން ކާފަރުކަމަށް ބަދަލުކުރާ މީހުން) ދަންނައެވެ! އެއްވެސް ގޮތަކުން އެއްވެސްކަމަކުންވިޔަސް އެމީހުންނަށް ﷲ އަކަށް އުނދަގުލެއް އަދި ގެއްލުމެއްވިޔަސް ނުދެވޭނެއެވެ. އަދި قيامة ދުވަހުން އެމީހުންނަށް ހުންނަހުށީ ހަމަ ވޭންދެނިވި عَذَاب އެކެވެ.

  87. 3:178

    وَلَا يَحْسَبَنَّ ٱلَّذِينَ كَفَرُوٓا۟ أَنَّمَا نُمْلِى لَهُمْ خَيْرٌ لِّأَنفُسِهِمْ ۚ إِنَّمَا نُمْلِى لَهُمْ لِيَزْدَادُوٓا۟ إِثْمًا ۚ وَلَهُمْ عَذَابٌ مُّهِينٌ

    Wa-laa yaḥ-sabannal laẓeena kafarooo ʹannamaa numlee lahum khayrulli ʹañfusihim: ʹinnamaa numlee lahum liyazdaadooo ʹis̤maa: wa-lahum ʻaẓaabum muheen.

    އަދި ކާފަރުވީ މީސްތަކުން އެމީހުންނަށް ތިމަންރަސްކަލާނގެ مُهْلَة ދެއްވާ ތަންވަޅު ދެއްވުން އެއީ އެމީހުންގެ نفس ތަކަށްވާ ހެޔޮކަމެއްކަމުގައި އެމީހުން އެއްގޮތަކަށްވެސް ހީނުކުރާހުށިކަމެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންނަށް مُهْلَة ދެއްވާ ވަގުތުދެއްވާ ހައްދަ ވަނީ އެމީހުންގެ ފާފަ އިތުރުކުރުމަށެވެ. (ގިނަދުވަހު ފާފަކުރުމުން عذاب ގިނަވާނެކަމީ ޝައްކެއްހުރި ކަމެއްނޫނެވެ.) އަދި އެމީހުންނަށް قيامة ދުވަހުން ހުންނަހުށީ ހަމަ އިހާނާތްތެރިވެގެންވާ عذاب އެކެވެ.

  88. 3:179

    مَّا كَانَ ٱللَّهُ لِيَذَرَ ٱلْمُؤْمِنِينَ عَلَىٰ مَآ أَنتُمْ عَلَيْهِ حَتَّىٰ يَمِيزَ ٱلْخَبِيثَ مِنَ ٱلطَّيِّبِ ۗ وَمَا كَانَ ٱللَّهُ لِيُطْلِعَكُمْ عَلَى ٱلْغَيْبِ وَلَـٰكِنَّ ٱللَّهَ يَجْتَبِى مِن رُّسُلِهِۦ مَن يَشَآءُ ۖ فَـَٔامِنُوا۟ بِٱللَّهِ وَرُسُلِهِۦ ۚ وَإِن تُؤْمِنُوا۟ وَتَتَّقُوا۟ فَلَكُمْ أَجْرٌ عَظِيمٌ

    Maa- kaanal lahu liyaẓaral Muʹmineena ʻalaa maaa ʹañtum ʻalayhi ḥattaa yameeẓal khabees̤a minaṭ ṭayyib. Wa-maa kaanal laahu liyuṭliʻakum ʻalal g̣aybi wa-laakinnal laaha yajtabee mir rusulihee mañy yashaaaʹ. Faʹaaminoo billaahi wa-rusulih. Wa-ʹiñ tuʹminoo wa-tattaq̣oo falakum ʹajrun ʻaz̤̣eem.

    مؤمن ންނޭކިޔައިގެން އެއުޅޭ އެންމެން އެމީހުން ހަމަ އެތިބިގޮތަށް އޭގެތެރޭގައިތިބި ވިޔާނުދާ ނުބައިމީހުންނާއި ރަނގަޅު تقوى ވެރިން ވަކި ނުކުރައްވައި (ނުވަތަ ރަނގަޅު مؤمن ންނާއި مؤمن ންނޭކިޔައިގެން منافق ވެގެން އުޅޭމީހުންނާއި ވަކި ނުކުރައްވައި) ހަމަ އެހެން ދޫކޮށްލާނޭ ކަލަކުކަމުގައި ﷲ ނުވެއެވެ. (إمتحان ކުރައްވައި ދެބައި ވަކިކުރައްވާ ހުއްޓެވެ.) އަދި ކަލޭމެނަށް غَيْبُ އަންގަވާ ހާމަކުރައްވާނޭކަލަކުކަމުގައިވެސް ﷲ ނުވެއެވެ. އަދި އެހެންނަމަވެސް (އެކަލާނގެ އެދިވޮޑިގަންނަވާ މިންވަރަކަށް غَيْبُ އެންގެވުމަށް) އެކަލާނގެ ފޮނުއްވާ رَسول ބޭކަލުންކުރެ ބައެއްބޭކަލުން އެކަލާނގެ خاصّ ކުރައްވާ إختيار ކުރައްވައެވެ. ފަހެ ކަލޭމެން ﷲ އަށާއި އެކަލާނގެ رسول ންނަށް އީމާންވާށެވެ! އަދި ކަލޭމެން އީމާންވެއްޖެއްޔާ އަދި ކަލޭމެން تقوى ވެރިވެއްޖެއްޔާ ފަހެ ކަލޭމެންނަށް ހުރީ ބޮޑުވެގެންވާ ދަރުމައެވެ. ثواب އެވެ.

  89. 3:180

    وَلَا يَحْسَبَنَّ ٱلَّذِينَ يَبْخَلُونَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ هُوَ خَيْرًا لَّهُم ۖ بَلْ هُوَ شَرٌّ لَّهُمْ ۖ سَيُطَوَّقُونَ مَا بَخِلُوا۟ بِهِۦ يَوْمَ ٱلْقِيَـٰمَةِ ۗ وَلِلَّهِ مِيرَٰثُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ

    Wa-laa yaḥ-sabanaal laẓeena yab-khaloona bimaaa ʹaataahumul laahu miñ faḍlihee huwa khayral lahum: bal huwa sharrul lahum: sayuṭawwaq̣oona maa- bakhiloo bihee Yawmal Q̣iyaamah Wa-lillaahi meeraas̤us samaawaati wal-ʹarḍ: wal-laahu bimaa taʻmaloona Khabeer.

    އަދި ﷲ تعالى އެކަލާނގެ فضل ވަންތަކަމުގެތެރެއިން އެބައިމީހުންނަށް ދެއްވިތަކެއްޗަށް بَخِيْلُ ވެގަންނަ މީހުން (ﷲ ގެމަގުގައި ކުރުން لاَزم ވާ خرد ތައްނުކޮށް بَخِيْلُ ވާމީހުން) އެއީ އެމީހުންނަށްވާ ހެވެއްކަމުގައި އެއްގޮތަކަށްވެސް އެމީހުން ހީނުކުރާހުށިކަމެވެ! އަދި ކިއެއްހެއްޔެވެ؟ އެއީ އެމީހުންނަށްވާ ނުބައެކެވެ. އެމީހުން بَخِيْلُ ވެގެން خرد ނުކޮށް އެބެހެއްޓި ތަކެތި قيامة ދުވަހުން އެމީހުންގެ ކަނދުރާތަކުގައި ވަށައިގެން އެޅެވޭނެއެވެ. (އެއީ އަލިފާނުން ވަށާލެވިފައިވާ އުޅައެއްކަމަށާއި / އަދި އެއީ ބޮޑުހަރުފައެއްކަމަށާ މިގޮތްގޮތަށް ބުނެވިފައިވެއެވެ. والله أعلم. - އަދި އުޑުތަކާއި ބިމުގެ ވާރުތަ مِلْكُ ވެ خاصّ ވެގެންވަނީ ﷲ އަށެވެ. އަދި ކަލޭމެންކުރާ ކަންތައްތަކުގެ خبر ﷲ ދެނެވޮޑިގެންވެއެވެ.

  90. 3:181

    لَّقَدْ سَمِعَ ٱللَّهُ قَوْلَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ فَقِيرٌ وَنَحْنُ أَغْنِيَآءُ ۘ سَنَكْتُبُ مَا قَالُوا۟ وَقَتْلَهُمُ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّ وَنَقُولُ ذُوقُوا۟ عَذَابَ ٱلْحَرِيقِ

    Laq̣ad samiʻal laahu q̣awlal laẓeena q̣aaloo ʹinnal laaha faq̣eeruñw wanaḥnu ʹag̣niyaaaʹ Sanaktubu maa- q̣aaloo wa-q̣at-lahumul ʹAmbiyaaʹa big̣ayri ḥaq̣q̣iñw wanaq̣oolu ẓooq̣oo ʻaẓaabal ḥareeq̣!

    ހަމަކަށަވަރުން ﷲ އީ فقير ކަލެކޭ އަދި އަހުރެމެންނީ މުއްސަނދީންނޭ މިހެން ބުނިމީހުންގެ އެބުނި ބުނުމުގެ އަޑު ކަށަވަރުންވެސް ﷲ އައްސަވާވޮޑިގެންވެއެވެ. (އެބަސްބުނީ يهودي ންގެ ބައެކެވެ.) ﷲ تعالى وحي ކުރެއްވިއެވެ. އެމީހުން އެބުނި އެއްޗެއް ނިކަންހުރެ ތިމަންރަސްކަލާނގެ ލިއުއްވާހުށީމެވެ. އަދި އެމީހުން އެއްވެސް حقّ އަކާއިނުލައި نبي ބޭކަލުން قتل ކުރުމާއި މިކަންކަމުގެ ސަބަބުންނާއި ކަލޭމެން އަލިފާނުގެ عذاب ގެ ރަހަ ލިބިގަންނާށޭ އެމީހުންނަށް ތިމަންރަސްކަލާނގެ އަންގަވާހުށީމެވެ.

  91. 3:182

    ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ ٱللَّهَ لَيْسَ بِظَلَّامٍ لِّلْعَبِيدِ

    Ẓaalika bimaa q̣addamat ʹaydeekum wa-ʹannal laaha laysa bi-Z̤̣allaamil lilʻabeed.

    އެ عذاب އެދެއްވަނީ ކަލޭމެންގެ އަތްތަކުން ކަލޭމެން ކުރި ކަންތައްތަކުގެ ސަބަބުންނެވެ. އަދި އަޅުތަކުންނަށް އަނިޔާވެރިވެ ވޮޑިގެންވާ ކަލަކު ކަމުގައި ﷲ تعالى ވޮޑިގެންނުވެއެވެ.

  92. 3:183

    ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ عَهِدَ إِلَيْنَآ أَلَّا نُؤْمِنَ لِرَسُولٍ حَتَّىٰ يَأْتِيَنَا بِقُرْبَانٍ تَأْكُلُهُ ٱلنَّارُ ۗ قُلْ قَدْ جَآءَكُمْ رُسُلٌ مِّن قَبْلِى بِٱلْبَيِّنَـٰتِ وَبِٱلَّذِى قُلْتُمْ فَلِمَ قَتَلْتُمُوهُمْ إِن كُنتُمْ صَـٰدِقِينَ

    ʹAllaẓeena q̣aalooo ʹinnal laaha ʻahida ʹilaynaa ʹallaa nuʹmina li-Rasoolin ḥattaa yaʹtiyanaa biq̣urbaaniñ taʹkuluhun Naar. Q̣ul q̣ad jaaaʹakum rusulum miñ q̣ablee bil-Bayyinaati wa-billaẓee q̣ultum falima q̣atal-tumoohum ʹiñ kuñtum ṣaadiq̣een?

    އަދި އެމީހުންނަކީ މިހެން ބުނި މީހުންނެވެ. "ﷲ تعالى އަހުރެމެންނަށް وصيّة ކުރައްވާފައިވަނީ ކޮންމެ رسول ބޭކަލަކުވެސް އެބޭކަލަކު އަހުރެމެންގެ ގާތަށް قربان އާއިގެން ވަޑައިގެންނެވިއްޔާމެނުވީ އެބޭކަލަކަށް އަހުރެމެން އީމާންނުވުމަށެވެ. އަދި އެގެންނަވާ ޤުރްބާނެއް އަލިފާންގަނޑު ކައިލަންވާނެއެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެކުރިން رسول ބޭކަލުން ވަޑައިގެންނެވިއެވެ. ބަޔާންވެގެންވާ دليل ތަކާއިގެންނެވެ. އަދި އެބޭކަލުން ވަޑައިގެންނެވީ ކަލޭމެން ތިޔަބުނި ކަންތަކާއިގެންނެވެ. (ކަލޭމެން އެދުނުގޮތަށް ކަންތައްވުމާއިއެކުވެސް ކަލޭމެން އޭގެބައެއް ބޭކަލުން قتل ކުރީމުއެވެ.) ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ. ފަހެ ކަލޭމެން އެބޭކަލުން قتل ކުރީ ކީއްވެގެންހެއްޔެވެ؟\n* ދަންނައެވެ! (إسلام دين އައުމުގެކުރިން މީހަކު صدقاة އެއްކޮށް އެ صدقاة އެއް ﷲ قبول ކުރައްވައިފިއްޔާ މަތިން އަންނަ އަލިފާނެއް އައިސް އެއެއްޗެއް އަންދައިލައެވެ. އަންދައިނުލައިފިއްޔާ އެ صدقاة އެއް قبول ނުވެވުނީއެވެ.)

  93. 3:184

    فَإِن كَذَّبُوكَ فَقَدْ كُذِّبَ رُسُلٌ مِّن قَبْلِكَ جَآءُو بِٱلْبَيِّنَـٰتِ وَٱلزُّبُرِ وَٱلْكِتَـٰبِ ٱلْمُنِيرِ

    Faʹiñ kaẓ-ẓabooka faq̣ad kuẓ-ẓiba rusulum miñ q̣ablika jaaaʹoo bil-Bayyinaati waz-Zuburi wal-Kitaabil Muneer.

    (އޭ رسول ﷲ އެވެ!) އެމީހުން ކަލޭގެފާނުން ދޮގުކުރިޔަސް (އެއީ عجائب ކަމެއްނޫނެވެ.) ފަހެ ހަމަކަށަވަރުން ކަލޭގެފާނުންގެ ކުރީގެ رسول ންވެސް ދޮގުކުރެވުނެވެ. (ކުރީގެ أمّة ތަކުގެ މީހުންވެސް އެމީހުން ގާތަށް ވަޑައިގެންނެވި رسول ން ދޮގުކުރިއެވެ.) އެބޭކަލުން ވަޑައިގެންނެވީ ބަޔާންވެގެންވާ دليل އާއި އަދި އަލިކުރާ ފޮތްތަކާއިގެންނެވެ.

  94. 3:185

    كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ ٱلْقِيَـٰمَةِ ۖ فَمَن زُحْزِحَ عَنِ ٱلنَّارِ وَأُدْخِلَ ٱلْجَنَّةَ فَقَدْ فَازَ ۗ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَـٰعُ ٱلْغُرُورِ

    Kullu nafsiñ ẓaaaʹiq̣atul mawt. Wa-ʹinnamaa tuwaffawna ʹujoorakum Yawmal Q̣iyaamah. Famañ zuḥziḥa ʻanin naari wa-ʹudkhilal Jannata faq̣ad faaz. Wa-mal ḥayaatud dunyaaa ʹillaa mataaʻul g̣uroor.

    ކޮންމެ نفس އަކީ މަރުގެރަހަ ލިބޭނޭ އެއްޗެކެވެ. ކަލޭމެންގެ (عمل ތަކުގެ) ދަރުމަ ކަލޭމެނަށް ފުރިހަމަ ކުރެވޭނެކަންކަށަވަރީ قيامة ދުވަހުންނެވެ. ފަހެ (އެދުވަހުން) ނަރަކައިން ދުރުވެ ސުވަރުގެ ވަދެވިއްޖެމީހާ ހަމަކަށަވަރުން ނަސީބުވެރިވެއްޖެއެވެ. އަދި ދުނިޔޭގެ މިދިރިއުޅުމަކީ ހެއްލުންތެރިވެވޭ ކުޑަ އަރާމުކޮޅެއްކަމުގައި މެނުވީ ނުވެއެވެ.

  95. 3:186

    ۞ لَتُبْلَوُنَّ فِىٓ أَمْوَٰلِكُمْ وَأَنفُسِكُمْ وَلَتَسْمَعُنَّ مِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلِكُمْ وَمِنَ ٱلَّذِينَ أَشْرَكُوٓا۟ أَذًى كَثِيرًا ۚ وَإِن تَصْبِرُوا۟ وَتَتَّقُوا۟ فَإِنَّ ذَٰلِكَ مِنْ عَزْمِ ٱلْأُمُورِ

    Latublawunna feee ʹamwaalikum wa-ʹañfusikum; wa-latasmaʻunna minal laẓeena ʹootul Kitaaba miñ q̣ablikum wa-minal laẓeena ʹashrakooo ʹaẓañ kas̤eeraa. Wa-ʹiñ taṣbiroo wa-tattaq̣oo faʹinna ẓaalika min ʻazmil ʹumoor.

    އަދި ހަމަކަށަވަރުން ކަލޭމެންގެ މުދަލުގައި (ބަލާ މުސީބާތްޖެހި ހަލާކުވުންފަދަ ކަންތައް މެދުވެރިކުރައްވައި) ކަލޭމެން إمتحان ކުރައްވާހުށީމެވެ. އަދި ކަލޭމެންގެ ގާތްތިމާގެ މީހުން މަރުވުންފަދަ ހިތްދަތިވާ ޒާތުގެ ކަންތައް މެދުވެރިކުރައްވައިގެންވެސް ކަލޭމެން (ގެ އީމާންކަން) إمتحان ކުރައްވާ ހުށީމެވެ. އަދި أهل كتاب ންގެ ކިބައިންނާއި އަދި شِرك ކުރިމީހުންގެ ކިބައިން އުނދަގޫވާފަދަ އެތައް ލަފުޒެއް ހަމަކަށަވަރުންވެސް ކަލޭމެން އަހާނެއެވެ. (އެފަދަ މީސްމީހުން ބުނާނެއެވެ. ﷲ އެއީ فقير ކަލެކެވެ. އަހުރެމެން މިއީ މުއްސަނދިންނެވެ. އަދި އެމީހުން ބުނެއެވެ. ﷲ فقير ވެގެން ހޭދަ ނުކުރުމަށް އެކަލާނގެ އަތްޕުޅުވަނީ ކަސްތޮޅު އެޅެވިފައެވެ. ފަހެ މިފަދަ މިފަދަ ބަސްބަހަކީ ތެދުވެރި مؤمن އެއްގެ ހިތަށް ވަރަށް އުނދަގޫތައްވާނެ كلمة އެވެ. ﷲ އަށްޓަކައި مؤمن އަޅާގެ ހިތުގައިވާ ލޯބިވެތިކަމާ غيرة ތެރިކަން އުތުރިގަންނަވަރުގެ ބަސްބަހެވެ. ދެން އެކަލާނގެ އެ އަންގަވަނީ) ކަލޭމެން (مؤمن ން) ކެތްތެރިވެ تقوى ވެރިވެއްޖެއްޔާ ހަމަކަށަވަރުން އެއީ އެމީހުންގެ އީމާންކަން ފުރިހަމަކަމުގެ ދަލީލެކެވެ. - އެބަހީ އެކެތްތެރިކަމާއި އެ تقوى ވެރިކަމަކީ އެކަންކަމަށް ﷲ أمر ކުރައްވާފައިވާ މަތިވެރި ކަންކަމެވެ. (عَزْمُ ވަރުގަދަ މީހުންނަށް މެނުވީ ނުވާނެކަންކަމެވެ.)

  96. 3:187

    وَإِذْ أَخَذَ ٱللَّهُ مِيثَـٰقَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ لَتُبَيِّنُنَّهُۥ لِلنَّاسِ وَلَا تَكْتُمُونَهُۥ فَنَبَذُوهُ وَرَآءَ ظُهُورِهِمْ وَٱشْتَرَوْا۟ بِهِۦ ثَمَنًا قَلِيلًا ۖ فَبِئْسَ مَا يَشْتَرُونَ

    Wa-ʹiẓ ʹakhaẓal laahu Mees̤aaq̣al laẓeena ʹootul Kitaaba latubayyinunnahoo lin-naasi wa-laa taktumoonah; fanabaẓoohu waraaaʹa z̤̣uhoorihim washtaraw bihee s̤amanañ q̣aleelaa. Fabiʹsa maa- yashtaroon.

    އަދި ފޮތްދެވުނު މީހުންގެކިބައިން (އެބަހީ يهودي ންނާ نصارى އިންގެކިބައިން) ﷲ تعالى عَهْدُ ކަށަވަރު ހިއްޕެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެ عَهْدُ ކަށަވަރަކީ ކަލޭމެން އެކަން މީހުންނަށް بَيان ކޮށްދެއްވާށެވެ! (އެބަހީ محمّد ﷺ ގެ رَسول ކަމާއި އެކަލޭގެފާނުންގެ خبر ތައް މީސްތަކުންނަށް بيان ކޮށްދެއްވާށެވެ!) އަދި އެކަން ކަލޭމެން ވަންހަނާ ނުކުރާށެވެ! ދެންފަހެ އެމީހުން އެކަން (އެ عَهْدُ ކަށަވަރު) އެމީހުންގެ ފުރަގަހަށް އެއްލައި ލައިފިއެވެ. (އެމީހުންނަށް ކުރުމަށް އެންގި ކަންތައް ނުކުރިއެވެ.) އަދި ދުނިޔޭގެ ދާދި ކުޑަކުޑަ ފައިދާކޮޅަކަށް އެމީހުން އޭތި ވިއްކައިފިއެވެ. (އޭތި ދީފާ ކުޑަފައިދާކޮޅެއް އެމީހުން ގަނެފިއެވެ. محمّد ގެފާނާބެހޭ خبر ތައް އެމީހުން ވަންހަނާކޮށް މީސްތަކުންނަށް އޮޅުވައިލީއެވެ.) ފަހެ އެމީހުން އެ އެއްޗެއްދީފައި އެގަތް އެތީގެ ނުބައިކަން ބޮޑުވެގެންވެއެވެ.

  97. 3:188

    لَا تَحْسَبَنَّ ٱلَّذِينَ يَفْرَحُونَ بِمَآ أَتَوا۟ وَّيُحِبُّونَ أَن يُحْمَدُوا۟ بِمَا لَمْ يَفْعَلُوا۟ فَلَا تَحْسَبَنَّهُم بِمَفَازَةٍ مِّنَ ٱلْعَذَابِ ۖ وَلَهُمْ عَذَابٌ أَلِيمٌ

    Laa- taḥ-sabannal laẓeena yaf-raḥoona bimaaa ʹataw Wa yuḥibboona ʹañy yuḥmadoo bimaa lam yafʻaloo falaa taḥ-sa-bannahum̃ bimafaazatim minal ʻaẓaab. Walahum ‘azaabun Aleem

    އަދި ތިމާމެނަށް އެލިބުނު (ދުނިޔޭގެ ފައިދާކޮޅާމެދު) އުފާކުރާމީހުން އަދި އެމީހުން ނުކުރާ ކަންތަކުން އެމީހުންނަށް مَدَحَ އާއި تَعْرِيْفُ ލިބުމަށް ލޯބިކުރާމީހުން عذاب ން ސަލާމަތްވެގެންވާނޭކަމުގައި އެއްގޮތަކަށްވެސް ކަލޭގެފާނު ހީފުޅު ނުކުރައްވާށެވެ! އަދި އެމީހުންނަށްހުރީ ވޭންދެނިވި عذاب އެވެ. (މިއީ محمّد ﷺ ގެ خبر ތައް ވަންހަނާކޮށް އަދި އެކަމަށް އުފާކުރި يهودي ންނާއި نصارى އިންގެ ވާހަކަކަމުގައި تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. والله أعلم)

  98. 3:189

    وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ

    Wa-lillaahi mulkus samaawaati wal-ʹarḍi: wal-laahu ʻalaa kulli shayʹiñ Q̣adeer.

    އަދި އުޑުތަކާއިބިމުގެ މުޅިވެރިކަމާއި އެތަންތާގައި ވާހާ އެއްޗެއް މިލްކުވެ خاصّ ވެގެންވަނީ ﷲ އަށެވެ. އަދި ކޮންމެކަމެއްގެމައްޗަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.

  99. 3:190

    إِنَّ فِى خَلْقِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ لَـَٔايَـٰتٍ لِّأُو۟لِى ٱلْأَلْبَـٰبِ

    ʹInna fee khalq̣is samaawaati wal-ʹarḍi wakhtilaafil layli wan-nahaari laʹAayaatil liʹulil ʹalbaab.

    ހަމަކަށަވަރުން އުޑުތަކާއި ބިންހެއްދެވުމުގައި އަދި ރޭގަނޑާއި ދުވާލު ތަފާތުކުރެއްވުމުގައި އެކައްޗަށްފަހު އަނެކަތި އަންނާނޭގޮތް ލެއްވުމާއި މިކަންކަމުގައި ﷲ ގެ އެއްކައުވަންތަކަމާއި قدر ތެރިކަމުގެމައްޗަށް دليل ކުރާ حجّة ތަކާއި ހެކިތައްވާކަންކަށަވަރެވެ. އެއީ އެކަންކަމަށް ވިސްނާ فِكرކޮށްހަދާ ބުއްދިވެރިންނަށެވެ.

  100. 3:191

    ٱلَّذِينَ يَذْكُرُونَ ٱللَّهَ قِيَـٰمًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِى خَلْقِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ رَبَّنَا مَا خَلَقْتَ هَـٰذَا بَـٰطِلًا سُبْحَـٰنَكَ فَقِنَا عَذَابَ ٱلنَّارِ

    ʹAl-laẓeena yaẓ-kuroonal laaha q̣iyaamanw waq̣uʻoodañw waʻalaa junoobihim wa-yata-fakkaroona fee khalq̣is samaawaati wal-ʹarḍ: Rabbanaa maa- khalaq̣ta haaẓaa baaṭilaa! Subḥaanaka faq̣inaa ʻaẓaaban Naar!

    އެމީހުންނަކީ (އެބަހީ އެބުއްދިވެރިންނަކީ) އެމީހުންކޮޅަށްތިބޭ حال ގައްޔާއި އިށީނދެތިބޭ حال ގައްޔާއި އަދި އެމީހުން އަރިކަށިމައްޗަށް އަރިޔަށް އޮށޯވެ އޮންނައިރު ގައިވެސް ﷲ އަށް ذِكر ކޮށް އެކަލާނގެ ހަނދާންކުރާ މީހުންނެވެ. އަދި އުޑުތަކާއި ބިން ހެއްދެވިފައިވާ ގޮތާއިމެދު އެމީހުން فِكر ކޮށް ވިސްނާހަދާމިހުންނެވެ. (އަދި އެމީހުން ދަންނަވައެވެ.) އޭއަޅަމެންގެ ربّ އެވެ! އިބަރަސްކަލާނގެ މިތަކެތި باطل ގޮތުގައި (އެއްވެސް ފައިދާއެއްނެތް ބޭކާރުގޮތުގައި) ނުހައްދަވަމުއެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތައެވެ. ފަހެ އަޅަމެން އަލިފާނުގެ عذاب ން ސަލާމަތްކޮށްދެއްވާނދޭވެ!

  101. 3:192

    رَبَّنَآ إِنَّكَ مَن تُدْخِلِ ٱلنَّارَ فَقَدْ أَخْزَيْتَهُۥ ۖ وَمَا لِلظَّـٰلِمِينَ مِنْ أَنصَارٍ

    Rabbanaaa ʹinnaka mañ tud-khilin Naara faq̣ad ʹakhzaytah: wa-maa liz̤̣z̤̣aalimeena min ʹañṣaar!

    އޭ އަޅަމެންގެ ربّ އެވެ! ހަމަކަށަވަރުން އިބަރަސްކަލާނގެ ނަރަކައަށް ވައްދަވައިފި އަޅަކު ކަށަވަރުންވެސް އެއަޅަކު އިބަރަސްކަލާނގެ ގެއްލެނިކުރައްވާ ނިކަމެތި ކުރައްވައިފީމުއެވެ. އަދި އަނިޔާވެރިންނަށް އެއްވެސް نصر ވެރިއަކު ނުވެއެވެ.

  102. 3:193

    رَّبَّنَآ إِنَّنَا سَمِعْنَا مُنَادِيًا يُنَادِى لِلْإِيمَـٰنِ أَنْ ءَامِنُوا۟ بِرَبِّكُمْ فَـَٔامَنَّا ۚ رَبَّنَا فَٱغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّـَٔاتِنَا وَتَوَفَّنَا مَعَ ٱلْأَبْرَارِ

    Rabbanaaa ʹinnanaa samiʻnaa Munaadiyañay yaunaadee lil-eemaani ʹan ʹaaminoo bi-Rabbikum faʹaamannaa. Rabbanaa fag̣fir lanaa ẓunoobanaa wa-kaffir ʻannaa sayyiʹaatinaa wa-tawaffanaa maʻal ʹAbraar.

    އޭ އަޅަމެންގެ ربّ އެވެ! ހަމަކަށަވަރުން އީމާންކަމަށް ގޮވާލައްވާ ބޭކަލެއްގެ އަޑު އަޅަމެން އަހައިފީމުއެވެ. އެބޭކަލަކު ވިދާޅުވެއެވެ. އޭ ކަލޭމެންނޭވެ! ކަލޭމެން ކަލޭމެންގެ ربّ އަށް އީމާންވާށެވެ! ދެންފަހެ އަޅަމެން އީމާންވެއްޖައީމެވެ. ފަހެ އަޅަމެންނަށް އަޅަމެންގެ ފާފަތައް ފުއްސަވާދެއްވާނދޭވެ! އަދި އަޅަމެންގެ އެންމެހައި ކުށްތަކާއި ނުބައިތައް ނެތިކުރައްވާ ދުރުކުރައްވާނދޭވެ! އަދި ރަނގަޅު މާތްމީހުނާއެކު (އެބަހީ އިބަރަސްކަލާނގެ ރުހިވޮޑިގަންނަވާ ކިޔަމަންތެރި އަޅުންނާއެކު) އަޅަމެން މަރުގަންނަވާފާދޭވެ!

  103. 3:194

    رَبَّنَا وَءَاتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ ٱلْقِيَـٰمَةِ ۗ إِنَّكَ لَا تُخْلِفُ ٱلْمِيعَادَ

    Rabbanaa wa-ʹaatinaa ma wa-ʻattanaa ʻalaa rusulika wa-laa tukhzinaa Yawmal Q̣iyaamah: ʹinnaka laa- tukhliful meeʻaad.

    އޭ އަޅަމެންގެ ربّ އެވެ! އަދި އިބަރަސްކަލާނގެ ފޮނުއްވި رسول ބޭކަލުންގެ ދޫފުޅުމަތިން އަޅަމެންނަށް وعد ކުރައްވާފައިވާ ކަންތައް އަޅަމެނަށް ދެއްވާނދޭވެ! (އެއީ عدواة ތެރިންގެމައްޗަށް نصر ދެއްވުންކަމުގައި ބައެއް مفسّر ން ލިއުއްވައެވެ. والله أعلم) އަދި قيامة ދުވަހުން އަޅަމެން ދެރަނުކުރައްވާނދޭވެ! ގެއްލެނި ނުކުރައްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެ وعد ވެވޮޑިގެންނެވި وعد ފުޅަކާއި. خلاف ވެވޮޑިނުގަންނަވާހުއްޓެވެ.

  104. 3:195

    فَٱسْتَجَابَ لَهُمْ رَبُّهُمْ أَنِّى لَآ أُضِيعُ عَمَلَ عَـٰمِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ ۖ بَعْضُكُم مِّنۢ بَعْضٍ ۖ فَٱلَّذِينَ هَاجَرُوا۟ وَأُخْرِجُوا۟ مِن دِيَـٰرِهِمْ وَأُوذُوا۟ فِى سَبِيلِى وَقَـٰتَلُوا۟ وَقُتِلُوا۟ لَأُكَفِّرَنَّ عَنْهُمْ سَيِّـَٔاتِهِمْ وَلَأُدْخِلَنَّهُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ثَوَابًا مِّنْ عِندِ ٱللَّهِ ۗ وَٱللَّهُ عِندَهُۥ حُسْنُ ٱلثَّوَابِ

    Fas-tajaaba lahum Rabbuhum ʹannee laaa ʹuḍeeʻu ʻamala ʻaamilim miñkum miñ ẓakarin ʹaw ʹuñs̤aa. Baʻḍukum mim baʻḍ. Fal-laẓeena haajaroo wa-ʹukhrijoo miñ diyaarihim wa-ʹooẓoo fee Sabeelee wa-q̣aataloo wa-q̣utiloo laʹukaffiranna ʻanhum sayyiʹaatihim wa-laʹudkhilanna-hum Jannaatiñ tajree miñ taḥ-tihal ʹanhaar s̤awaabam min ʻiñdil laah: wal-laahu ʻiñdahoo ḥusnus̤ s̤awaab.

    ދެންފަހެ އެބައިމީހުންގެ ربّ އެމީހުންނަށް إجابة ކުރައްވައިފިއެވެ. (އެކަލާނގެ އަންގަވައެވެ.) ހަމަކަށަވަރުން ކަލޭމެންކުރެ ހެޔޮ عمل ކުރާމީހެއްގެ ދަރުމަ - ތިމަންރަސްކަލާނގެ ގެއްލެނިނުކުރައްވާހުށީމެވެ. ފިރިހެނުންގެތެރެއިންވިޔަސް އަންހެނުންގެތެރެއިންވިޔަސް މެއެވެ. ކަލޭމެންކުރެ އެއްބަޔަކުވަނީ އަނެއްބައެއްގެތެރެއިންނެވެ. (އެބަހީ عمل ކުރުމާ ކިޔަމަންތެރިވުމާއި އަދި دين ގެގޮތުން ހަމައެއްބައެކެވެ.) ފަހެ هجرة ކުރި މީސްތަކުން - އަދި އެމީހުން އެމީހުންގެ ގޮވަތިގެދޮރުން ނެރެވުނު މީހުން- އަދި އެމީހުން ތިމަންރަސްކަލާނގެ މަގުގައި އުނދަގޫތައް ލިބެވުނުމީހުން - އަދި އެމީހުން ހަނގުރާމަކޮށް އަދި قتل ވެދިޔަ މީސްތަކުން (މިމީހުން ދަންނައެވެ!) ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ ކުށްފާފަތައް ފުއްސަވާ ދުރުކުރައްވާހުށީމެވެ. އަދި ހަމަކަށަވަރުން އެތަންތާނގެދަށުން އެކިވައްތަރުގެ އާރުތައް ދެމޭ ބަގީޗާތަކަކަށް (ސުވަރުގެތަކަށް) ތިމަންރަސްކަލާނގެ އެމީހުން ވައްދަވާހުށީމެވެ. އެއީ ﷲ ގެ حضرة ންދެއްވާ ދަރުމަޔާ ثواب އެއްގެ ގޮތުންނެވެ. އަދި ރަނގަޅު ثواب އާއި ދަރުމަވަނީ ހަމަ ﷲ ގެ حضرة ގައެވެ.

  105. 3:196

    لَا يَغُرَّنَّكَ تَقَلُّبُ ٱلَّذِينَ كَفَرُوا۟ فِى ٱلْبِلَـٰدِ

    Laa- yag̣urrannaka taq̣al-lubul laẓeena kafaroo fil bilaad.

    (އޭ رسول ﷲ އެވެ.) ކާފަރުންގެ މީހުން ރަށްތަކުގައި އެފުރޮޅޭ ފުރޮޅުމަށް (އެމީހުން އެރާވާ ޕްރޮޖެކްޓްތަކަށާއި ހަދާ جمعية ތަކަށާ ކުރާ ވިޔަފާރިތަކަށް އަދި އެމީހުންގެ تَرَقِّى ގެ ލަނޑުދަނޑިތަކާއި މެދު) ކަލޭގެފާނު ހެއްލުންތެރިވެވަޑައި ނުގަންނަވާށެވެ.

  106. 3:197

    مَتَـٰعٌ قَلِيلٌ ثُمَّ مَأْوَىٰهُمْ جَهَنَّمُ ۚ وَبِئْسَ ٱلْمِهَادُ

    Mataaʻuñ q̣aleel: s̤umma maʹwaahum Jahannam: wa-biʹsal mihaad!

    އެއީ ދާދި ކުޑަކުޑަ ފައިދާކޮޅެކެވެ. އަރާމުކޮޅެކެވެ. ދެން قيامة ދުވަހުން އެމީހުންގޮސް ތިބޭނެތަނަކީ ހަމަ ނަރަކައެވެ.

  107. 3:198

    لَـٰكِنِ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ لَهُمْ جَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا نُزُلًا مِّنْ عِندِ ٱللَّهِ ۗ وَمَا عِندَ ٱللَّهِ خَيْرٌ لِّلْأَبْرَارِ

    Laakinil laẓeenat taq̣aw Rabbahum lahum Jannatuñ tajree miñ taḥ-tihal ʹanhaaru khaalideena feehaa nuzulam min ʻiñdil laah: wa-maa ʻiñdal laahi khayrul lil-ʹAbraar.

    އެހެނެއްކަމަކު އެބަޔަކު އެބަޔަކުގެ ربّ އަށް تقوى ވެރިވެ ބިރުވެތިވެއްޖެބަޔަކު (ދަންނައެވެ!) އެބަޔަކަށް ހުރީ އެތަންތާނގެ ދަށުން އާރުތައް ދެމެމުންދާ ބަގީޗާތަކެވެ. ސުވަރުގެތަކެވެ. އެމީހުން އެތަންތާ ދެމިތިބޭގޮތަށެވެ. އެއީ ﷲ تعالى ގެ حضرة ން އެމީހުންނަށްވާ މެހްމާންދާރީއެވެ. އަދި ކިޔަމަންތެރި މާތްމީހުންނަށް ﷲ ގެ حضرة ގައިވާ ތަކެތި ހެޔޮވެގެންވެއެވެ.

  108. 3:199

    وَإِنَّ مِنْ أَهْلِ ٱلْكِتَـٰبِ لَمَن يُؤْمِنُ بِٱللَّهِ وَمَآ أُنزِلَ إِلَيْكُمْ وَمَآ أُنزِلَ إِلَيْهِمْ خَـٰشِعِينَ لِلَّهِ لَا يَشْتَرُونَ بِـَٔايَـٰتِ ٱللَّهِ ثَمَنًا قَلِيلًا ۗ أُو۟لَـٰٓئِكَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ ۗ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ

    Wa-ʹinna min ʹAhlil Kitaabi lamañy yuʹminu billaahi wa-maaa ʹuñzila ʹilaykum wa-maaa ʹuñzila ʹilayhim khaashiʻeena lillaahi laa- yashtaroona biʹAayaatil laahi s̤amanañ q̣aleelaa. ʹUlaaaʹika lahum ʹajruhum ʻiñda Rabbihim: ʹinnal laaha Sareeʻul ḥisaab.

    އަދި ހަމަކަށަވަރުން أهل كتاب ންގެތެރޭގައިވެސް - يعني: ފޮތްދެއްވުނު މީހުންގެތެރޭގައިވެސް - (އެބަހީ: يهودي ންނާއި نصارى އިންގެތެރޭގައިވެސް) ކަނޑައެޅިގެން ﷲ އަށް އީމާންވާ މީހުން ވެއެވެ. އަދި ކަލޭމެން (مؤمن ން) ނަށް ބާވައިލެއްވުނު ތަކެއްޗަށާއި އަދި އެމީހުންނަށް ބާވައިލެއްވުނު ތަކެއްޗަށް އީމާންވާ މީހުންވެއެވެ. އެމީހުން ﷲ އަށް ބިރުވެތިވެ ކިޔަމަންތެރިވެ މަޑުމޮޅިވެގެންވެއެވެ. އަދި ކުޑައަގަކަށް ﷲ ގެ އާޔަތްތައް އެމީހުން ނުވިއްކައެވެ. (އެބަހީ ދުނިޔޭގެ ކުޑަފައިދާކޮޅަކަށް އެމީހުންނަށް އެނގިފައިވާ دين ގެ حكم އެމީހުން ބަދަލުކޮށް ނުހަދައެވެ.) އެމީހުން ދަންނައެވެ! އެމީހުންގެ ربّ ގެ حضرة ގައި އެމީހުންނަށް އެމީހުންގެ ދަރުމަވެއެވެ. ثواب ހުއްޓެވެ. ހަމަކަށަވަރުން ﷲ تعالى އީ ހިސާބުބެއްލެވުން އަވަސްވެވޮޑިގެންވަ ކަލާނގެއެވެ.

  109. 3:200

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱصْبِرُوا۟ وَصَابِرُوا۟ وَرَابِطُوا۟ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ

    Yaaaʹayyuhal laẓeena ʹaamanuṣ biroo waṣaabiroo wa-raabiṭoo: wattaq̣ul laaha laʻallakum tufliḥoon.

    އޭ އީމާންވެގެންވާ މީސްތަކުންނޭވެ! ކަލޭމެން (ﷲ އަށް ކިޔަމަންވެތިބުމަށް) ކެތްތެރިވާށެވެ! އަދި ކަލޭމެން (ކަލޭމެންގެ عداوة ތެރިންގެ ކަންތަކާއިމެދު) ކެތްތެރިކަންމަތީ ދެމިތިބޭށެވެ! އަދި ކަލޭމެން (ﷲ ގެމަގުގައި ކުރިޔަށްދާއިރު) އެކަކު އަނެކަކާއި އެކުވެރިވެ އެކަތިގަނޑަކަށްވާށެވެ. އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އެއީ ކަލޭމެންނަށް ކާމިޔާބުވެ ނަސީބު ލިބުމަށްޓަކައެވެ.

  110. Surah An-NisaBegins here at 4:1

  111. 4:1

    يَـٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمُ ٱلَّذِى خَلَقَكُم مِّن نَّفْسٍ وَٰحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَآءً ۚ وَٱتَّقُوا۟ ٱللَّهَ ٱلَّذِى تَسَآءَلُونَ بِهِۦ وَٱلْأَرْحَامَ ۚ إِنَّ ٱللَّهَ كَانَ عَلَيْكُمْ رَقِيبًا

    Yaaaʹayyuhan naasut taq̣oo Rabbakumul laẓee khalaq̣akum min Nafsiñw waaḥidatiñw wakhalaq̣a minhaa zawjahaa wa-bas̤s̤a minhumaa rijaalañ kas̤eerañw wanisaaaʹaa. Wattaq̣ul laahal laẓee tasaaaʹaloona bihee wal-ʹarḥaam: ʹinnal laaha kaana ʻalaykum Raq̣eebaa.

    އޭ މީސްތަކުންނޭވެ! ކަލޭމެން ކަލޭމެންގެ رَبّ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އެކަލާނގެއީ އެންމެ نفس އަކުން ކަލޭމެން ހެއްދެވި ކަލާނގެއެވެ. އެއީ آدم عليه السّلام ގެ نفس ފުޅެވެ. (ﷲ تعالى آدم عليه السّلام ހައްދަވައި އެކަލޭގެފާނުންގެ ދަރިފަސްކޮޅު ކަމުގައި އެންމެހައި އިންސާނުން ލެއްވިއެވެ. އެންމެންނަކީ آدم ގެ ދަރިންނެވެ.) އަދި آدم ގެފާނުންގެ ކިބައިން އެކަލޭގެފާނުންގެ އަނބިކަނބަލުން سِتُّنَا حَوَّاى ގެފާނު އެކަލާނގެ ހެއްދެވިއެވެ. (حَوَّاى ގެފާނުން ހައްދަވާފައިވަނީ آدم عليه السّلام ގެ އަރިކަށީގެ ކަށިކޮޅަކުން ކަމުގައި ރިވާވެގެން ވެއެވެ.) އަދި އެދެކަނބަލުންގެ ފަރާތުން އެތައްގިނަ ފިރިހެނުންނާއި އަންހެނުން އެކަލާނގެ ހެއްދެވިއެވެ. އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! އެކަލާނގެއީ އެކަލާނގެއާއިމެދު ކަލޭމެން އެއްބަޔަކު އަނެއްބަޔަކާ ސުވާލުކުރާ ކަލާނގެއެވެ. އަދި އެކަލާނގެ މެދުވެރިކޮށް ކަލޭމެން ކަންކަމަށް އެދޭ ކަލާނގެއެވެ. އަދި رَحِم އާއިމެދުވެސް ކަލޭމެން ބިރުވެތިވާށެވެ. އެބަހީ ގާތްތިމާގެކަމުގެ ގުޅުން ކަލޭމެން ގުޅާ ދަމަހައްޓާށެވެ! އެގުޅުން ނުކަނޑާށެވެ! އެކަމާމެދު ބިރުވެތިވާށެވެ! ހަމަކަށަވަރުން ކަލޭމެންކުރާ އެންމެހައި ކަންތަކަށް ބައްލަވާ (ފާރަވެރިވެވޮޑިގެންވާ) ކަލަކު ކަމުގައި ﷲ ވިއެވެ.

  112. 4:2

    وَءَاتُوا۟ ٱلْيَتَـٰمَىٰٓ أَمْوَٰلَهُمْ ۖ وَلَا تَتَبَدَّلُوا۟ ٱلْخَبِيثَ بِٱلطَّيِّبِ ۖ وَلَا تَأْكُلُوٓا۟ أَمْوَٰلَهُمْ إِلَىٰٓ أَمْوَٰلِكُمْ ۚ إِنَّهُۥ كَانَ حُوبًا كَبِيرًا

    Wa-ʹaatul yataamaaa ʹamwaalahum wa-laa tatabaddalul khabees̤a biṭṭayyib. Wa-laa taʹkulooo ʹamwaalahum ʹilaaa ʹamwaalikum. ʹInnahoo kaana ḥoobañ kabeeraa.

    (އޭ يَتِيْمُ ކުދިންގެ مَسْؤل ވެރިންނޭވެ!) يَتِيْمُ ން (ބޮޑުވެ تَصَرّف ފުދުނީމާ) އެކުދިންގެ މުދާ އެކުދިންނަށް ދޭށެވެ. އަދި ވިޔާނުދާ ނުބައިތަކެތި ރަނގަޅު އެއްޗެއްސަށް ކަލޭމެން ބަދަލު ނުކުރާށެވެ! (حرام އެއްޗެތި حلال އެއްޗެއްސަށް ބަދަލު ނުކުރާށެވެ. / يَتِيْمُ ކުދިންގެ ރަނގަޅު މުދާ ކަލޭމެންގެ ދެރަ އަދި ދަށް މުދަލަށް ބަދަލު ނުކުރާށެވެ.) އަދި ކަލޭމެންގެ މުދަލާއިއެކު އެކުދިންގެ މުދާ ނުކާށެވެ! ހަމަކަށަވަރުން އެގޮތަށް ކަންތައް ކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ.

  113. 4:3

    وَإِنْ خِفْتُمْ أَلَّا تُقْسِطُوا۟ فِى ٱلْيَتَـٰمَىٰ فَٱنكِحُوا۟ مَا طَابَ لَكُم مِّنَ ٱلنِّسَآءِ مَثْنَىٰ وَثُلَـٰثَ وَرُبَـٰعَ ۖ فَإِنْ خِفْتُمْ أَلَّا تَعْدِلُوا۟ فَوَٰحِدَةً أَوْ مَا مَلَكَتْ أَيْمَـٰنُكُمْ ۚ ذَٰلِكَ أَدْنَىٰٓ أَلَّا تَعُولُوا۟

    Wa-ʹin khiftum ʹallaa tuq̣siṭoo fil yataamaa fañkiḥoo maa- ṭaaba lakum minan nisaaaʹi mas̤naa was̤ulaas̤a wa-rubaaʻ. Faʹin khiftum ʹallaa taʻdiloo fawaaḥidatan ʹaw maa- malakat ʹaymaanukum. Ẓaalika ʹadnaaa ʹallaa taʻooloo.

    އަދި يَتِيْمُ (އަންހެންކުދިންގެ) ކާވެނިރަން ފުރިހަމައަށް އަދާނުކުރެވޭނެކަމަށް ކަލޭމެން ބިރުވެތިވަންޏާ، އެކަމުގައި عدل ވެރި ނުވެވޭނެކަމަށް ބިރުވެތިވަންޏާ (އެކުދިން ފިޔަވައި) ކަލޭމެން ރުހޭ އަދި ހިތައިވާ އަންހެނުންކުރެ ދެމީހުނާ، އަދި ތިންމީހުނާ، ނުވަތަ ހަތަރުމީހުނާ އިންނާށެވެ! ދެންފަހެ އަނބީންގެ މެދުގައި عدل ވެރި ނުވެވޭނެކަމަށް ބިރުވެތިވަންޏާ އެކަކާ އިންނާށެވެ. އަދި އެންމެ އަންހެނެއްގެ ކަންތައް ނުބެލެހެއްޓޭނެކަމަށް ބިރުވެތިވަންޏާ ނުވަތައެންމެ އަނތްބަކުންނުފުދެންޏާ ދެން ކަލޭމެންގެ ކަނާތްތައް މިލްކުކުރި މީހުން ގެންގުޅޭށެވެ! އަޅު އަންހެނުން ގެންގުޅޭށެވެ! އެގޮތް އަނިޔާވެރިވުމުގެ ފަރާތަށް ލެބެވުން ކުޑަވާނެއެވެ.

  114. 4:4

    وَءَاتُوا۟ ٱلنِّسَآءَ صَدُقَـٰتِهِنَّ نِحْلَةً ۚ فَإِن طِبْنَ لَكُمْ عَن شَىْءٍ مِّنْهُ نَفْسًا فَكُلُوهُ هَنِيٓـًٔا مَّرِيٓـًٔا

    Wa-ʹaatun nisaaaʹa ṣaduq̣aatihinna niḥlah; faʹiñ ṭibna lakum ʻañ shayʹim minhu nafsañ fakuloohu haneeʹam mareeeʹaa.

    އަދި (އޭ ފިރިހެނުންނޭވެ!) އަންހެނުންނަށް އެކަނބަލުންގެ ކާވެނިރަން ކަނޑައެޅި ބަޔާންވެގެންވާ فرض އެއްޗެއްގެ ގޮތުގައި ދޭށެވެ! ދެންފަހެ އެކަނބަލުންގެ ހިތްހަމަޖެހިގެން އޭގެތެރެއިން މިންވަރެއް ކަލޭމެންނަށް ދީފިއްޔާ (ކަނޑައެޅޭ ރަނުގެ ބައެއް معاف ކޮށްފިއްޔާ) އެއެއްޗެއް ކަލޭމެން އުނދަގުލެއް އަދި މަކަރެއްނެތި ފަސޭހަކަމާއެކު ކާށެވެ. އޭގައި ބޭނުން ކުރާށެވެ!

  115. 4:5

    وَلَا تُؤْتُوا۟ ٱلسُّفَهَآءَ أَمْوَٰلَكُمُ ٱلَّتِى جَعَلَ ٱللَّهُ لَكُمْ قِيَـٰمًا وَٱرْزُقُوهُمْ فِيهَا وَٱكْسُوهُمْ وَقُولُوا۟ لَهُمْ قَوْلًا مَّعْرُوفًا

    Wa-laa tuʹtus sufahaaaʹa ʹamwaalakumul latee jaʻalal laahu lakum q̣iyaamañw warzuq̣oohum feehaa waksoohum wa-q̣ooloo lahum q̣awlam maʻroofaa.

    އަދި (އޭ ފިރިހެނުންނޭވެ!) ކަލޭމެންގެ ދިރިއުޅުމުގެ ކަންތައް އޭގެމަތީގައި قائم ވެގެންވާ އެއްޗެއް ކަމުގައި ﷲ ކަލޭމެނަށް ލައްވާދެއްވާފައިވާ މުދާ سَفِيْهُ ން އަތަށް ނުދޭށެވެ! (މުދާ ގެންގުޅެން ނޭނގޭ މޮޔައިން އަތަށް ނުދޭށެވެ!) (ގިނަ تفسير ތަކުގައިވަނީ އެމީހުންނަކީ އަންހެނުންނާ ކުޑަކުދިން ކަމުގައެވެ. ނަމަވެސް حقّ ގޮތެއްކަމުގައި ފެންނަނީ ފިރިހެނުން ނެއްކަމަކު މުދާ ގެންގުޅެން ނޭނގޭ މީހުން އަތަށް ނުދޫކުރުމެވެ.) އަދި އެއިން އެމީހުންނަށް ކަލޭމެން ރިޒުގުދެށޭވެ! ކާންދޭށެވެ! އަދި އެއިން ކަލޭމެން އެމީހުން ނިވައިކޮށްދޭށެވެ! ފޭރާން ދޭށެވެ! އަދި ކަލޭމެން އެމީހުންނަށް އޯގާވެރި ރަނގަޅުބަސް ބުނާށެވެ.

  116. 4:6

    وَٱبْتَلُوا۟ ٱلْيَتَـٰمَىٰ حَتَّىٰٓ إِذَا بَلَغُوا۟ ٱلنِّكَاحَ فَإِنْ ءَانَسْتُم مِّنْهُمْ رُشْدًا فَٱدْفَعُوٓا۟ إِلَيْهِمْ أَمْوَٰلَهُمْ ۖ وَلَا تَأْكُلُوهَآ إِسْرَافًا وَبِدَارًا أَن يَكْبَرُوا۟ ۚ وَمَن كَانَ غَنِيًّا فَلْيَسْتَعْفِفْ ۖ وَمَن كَانَ فَقِيرًا فَلْيَأْكُلْ بِٱلْمَعْرُوفِ ۚ فَإِذَا دَفَعْتُمْ إِلَيْهِمْ أَمْوَٰلَهُمْ فَأَشْهِدُوا۟ عَلَيْهِمْ ۚ وَكَفَىٰ بِٱللَّهِ حَسِيبًا

    Wabtalul yataamaa ḥattaaa ʹiẓaa balag̣un nikaaḥ; faʹin ʹaanastum minhum rushdañ fad-faʻooo ʹilayhim ʹamwaalahum; wa-laa taʹkuloohaaa ʹisraafañw Wabidaaran ʹañy yakbaroo. Wa-mañ kaana g̣aniyyañ falyastaʻfif. Wa-mañ kaana faq̣eerañ fal-yaʹkul bilmaʻroof. Faʹiẓaa dafaʻtum ʹilayhim ʹamwaalahum faʹashhidoo ʻalayhim: wa-kafaa billaahi Ḥaseebaa.

    (އޭ يتيم ންގެ مَسْؤل ވެރިންނޭވެ!) يتيم ކުދިން بَالِغُ ވެއްޖައުމަށްދާންދެން (ނުވަތަ بَالغ ވީމާ) ކަލޭމެން އެކުދިން ބުއްދި ރަނގަޅުތޯ إمتحان ކުރައްވާށެވެ. ދެންފަހެ ކަލޭމެންނަށް އެކުދިންގެ ކިބައިން ބުއްދީގެ ރަނގަޅުކަމާއި صَلاَحِيّة ސާބިތުވެއްޖެއްޔާ ދެން އެކުދިންގެމުދާ އެކުދިންނަށް ދޭށެވެ! އެކުދިންނާ حوال ކުރާށެވެ! އަދި إسرافގެ ގޮތުގައި - އެބަހީ ނަހަމަގޮތުގައި - އަދި حرام ގޮތުގައި އަވަހަށް އެކުދިން ބޮޑުވެދާނެތީ އޭގެކުރިން ކައި އެއިން ބޭނުން ނުކުރާށެވެ! އަދި އެމުދާ ބަލަހައްޓާ މީހަކީ މުއްސަނދިމީހެއްނަމަ ފަހެ އޭނާ عِفَّة ތެރިވާށެވެ! އެމުދަލުން ބޭނުން ނުކުރާށެވެ! އަދި އެމުދާ ބަލަހައްޓާ މީހާއަކީ فقير އެއްނަމަ ރަނގަޅުގޮތުގައި އެއިން ކައިހަދާށެވެ! ބޭނުން ކުރާށެވެ! (އެމިންވަރަކީ އޭނާގެ މަސައްކަތުގެ އުޖޫރައަށް ވާވަރެވެ.) ދެންފަހެ ކަލޭމެން (އެކުދިން ބޮޑުވެ تصرّف ފުދުމަށްފަހު) އެކުދިންނާ މުދާ حوال ކުރަންޏާ އެކުދިންނަށް އެމުދާ حوال ކުރިކަމަށް (ދިންކަމަށް) ހެކިކުރުވާށެވެ! ހެކިންލާށެވެ! އަދި ހިސާބުކުރައްވާ ކަލަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ. އެބަހީ ހެކިވޮޑިގަންނަވާ ކަލަކުކަމުގައި އެކަލާނގެ ފުދިވޮޑިގަންނަވައެވެ.

  117. 4:7

    لِّلرِّجَالِ نَصِيبٌ مِّمَّا تَرَكَ ٱلْوَٰلِدَانِ وَٱلْأَقْرَبُونَ وَلِلنِّسَآءِ نَصِيبٌ مِّمَّا تَرَكَ ٱلْوَٰلِدَانِ وَٱلْأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَ ۚ نَصِيبًا مَّفْرُوضًا

    Lirrijaali naṣeebum mimmaa tarakal waalidaani wal-ʹaq̣raboonaa, wa-lin-nisaaaʹi naṣeebum mimmaa tarakal waalidaani wal-ʹaq̣raboona mimma q̣alla minhu ʹaw kas̤ur. Naṣeebam mafrooḍaa.

    މައިންބަފައިންނާއި ގާތްތިމާގެމީހުން މަރުވުމަށްފަހު ދޫކޮށްފައިދާ މުދަލުން (ތަރިކައިން) ފިރިހެނުންނަށް (ކަނޑައެޅި عيّن ވެގެންވާ) ބައެއްވެއެވެ. އަދި މައިންބަފައިންނާއި ގާތްތިމާގެ މީހުން މަރުވުމަށްފަހު ދޫކޮށްފައިދާ މުދަލުން (ތަރިކައިން) އަންހެނުންނަށް (ކަނޑައެޅި عيّن ވެގެންވާ) ބައެއްވެއެވެ. އެއީ ކިތަންމެ މަދު މުދަލެއްނަމަވެސް އަދި ގިނަމުދަލެއްނަމަވެސް ކަނޑައެޅި فرض ވެގެންވާ އެއްޗެއްގެ ގޮތުން އެމީސްމީހުންނަށް އެތަކެތި ދޭންވާނެއެވެ! (ދެންފަހެ މިކަމާބެހޭ تفصيل ތައް މިސޫރަތުގެ އެގާރަވަނަ އާޔަތުން ފެށިގެންވާ ދެތިން އާޔަތެއްގައިވެއެވެ.)

  118. 4:8

    وَإِذَا حَضَرَ ٱلْقِسْمَةَ أُو۟لُوا۟ ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينُ فَٱرْزُقُوهُم مِّنْهُ وَقُولُوا۟ لَهُمْ قَوْلًا مَّعْرُوفًا

    Wa-ʹiẓaa ḥaḍaral q̣ismata ʹulul q̣urbaa walyataamaa walmasaakeenu farzuq̣oohum minhu wa-q̣ooloo lahum q̣awlam maʻroofaa.

    އަދި ތަރިކަމުދާ ބަހާތަނަށް (އެމުދާ ވާރުތަނާރާ ދުރުހިސާބުގެ) ގާތްތިމާގެމީހުންނާއި يتيم ންނާއި مسكين ންނާއި حاضر ވެއްޖެއްޔާ ކަލޭމެން އެއިން އެބަހީ އެމުދަލުން އެމީހުންނަށް ކޮންމެވެސް މިންވަރެއް ދޭހުށިކަމެވެ! އަދި އެމީހުންނަށް ރަނގަޅު އޯގާވެރި ހެޔޮބަސްބުނާށެވެ. • ދަންނައެވެ! މިއާޔަތުގައި މިބަޔާންކުރީ އާޔަތުގެ އެއްމާނައެވެ. އަދި ބައެއް ބޭކަލުން ވިދާޅުވަނީ މިއާޔަތަކީ ތަރިކަބެހުމުގެ تفصيل حكم އައުމުގެކުރިން އޮތްގޮތް ކަމަށެވެ. އެއާޔަތް ބާވައިލެއްވުމުން މިއާޔަތުގެ حكم مَنْسُوخ ވެގެންވާ ކަމަށެވެ. والله أعلم. ކޮންމެއަކަސް އާޔަތުގެ مُرَاد އާއިމެދު إختلاف ވެއެވެ. އެހެންވެ އެވާހަކަ ހަނދާންކޮށްލީއެވެ. مَنْسُوخ ނުވެޔޭ ބުނާބަސް ގަދައެވެ.

  119. 4:9

    وَلْيَخْشَ ٱلَّذِينَ لَوْ تَرَكُوا۟ مِنْ خَلْفِهِمْ ذُرِّيَّةً ضِعَـٰفًا خَافُوا۟ عَلَيْهِمْ فَلْيَتَّقُوا۟ ٱللَّهَ وَلْيَقُولُوا۟ قَوْلًا سَدِيدًا

    Walyakhshal laẓeena law tarakoo min khalfihim ẓurriyyatañ ḍiʻaafan khaafoo ʻalayhim: falyattaq̣ul laaha walyaq̣ooloo q̣awlañ sadeedaa.

    (މަރަށް حاضر ވާމީހާ وصيّة ކުރާތަނަށް حاضر ވާމީހާ) އަދި ބިރުވެތިވާހުށިކަމެވެ. މަރަށް حاضر ވާމީހުން ދުނިޔެއަށް ނިކަމެތި ضَعِيْفُ ކުދިންކޮޅެއް ދޫކޮށްފާދާނަމަ އަދި އެކުދިން ގެއްލި ހަލާކުވެދާނެކަމަށް ބިރުވެތިވަންޏާ އޭނާގެ މުދާކޮޅު وصيّة ކޮށްފާ އެހެނިހެން މީހުންނަށް ދޭން قصد ކުރާނަމަ އެމީހުންގެ ދަރިންނަށް އެމުދާކޮޅު ބަހައްޓާހުށިކަމެވެ. ފަހެ އެމީހުން ﷲ އަށް تقوى ވެރިވާހުށިކަމެވެ. އެބަހީ އެ وصيّة އަޑުއަހަންތިބި މީހުން ﷲ އަށް تقوى ވެރިވެ އޭނާއަށް ރަނގަޅުގޮތް ވިސްނައިދޭށެވެ! ދަރިންނަށް މުދާކޮޅު ބެހެއްޓުމަށް ވިސްނައިދޭށެވެ! އަދި އެމީހުން ސީދާ ތެދުބަސް ބުނާހުށިކަމެވެ!

  120. 4:10

    إِنَّ ٱلَّذِينَ يَأْكُلُونَ أَمْوَٰلَ ٱلْيَتَـٰمَىٰ ظُلْمًا إِنَّمَا يَأْكُلُونَ فِى بُطُونِهِمْ نَارًا ۖ وَسَيَصْلَوْنَ سَعِيرًا

    ʹInnal laẓeena yaʹkuloona ʹamwaalal yataamaa z̤̣ulman ʹinnamaa yaʹkuloona fee buṭoonihim Naaraa:-Wa sayaṣlawna saʻeeraa.

    އަދި يتيم ކުދިންގެ މުދާ އަނިޔާވެރިގޮތުގައި ކައިހަދާމީހުން އެމީހުންގެ ބަނޑުތަކަށް އެމީހުން އެއަޅަނީ އަލިފާނެއެވެ. އަދި ނިކަންހުރެ އެމީހުން ނަރަކައަށް ވަންނަހުއްޓެވެ.

  121. 4:11

    يُوصِيكُمُ ٱللَّهُ فِىٓ أَوْلَـٰدِكُمْ ۖ لِلذَّكَرِ مِثْلُ حَظِّ ٱلْأُنثَيَيْنِ ۚ فَإِن كُنَّ نِسَآءً فَوْقَ ٱثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ ۖ وَإِن كَانَتْ وَٰحِدَةً فَلَهَا ٱلنِّصْفُ ۚ وَلِأَبَوَيْهِ لِكُلِّ وَٰحِدٍ مِّنْهُمَا ٱلسُّدُسُ مِمَّا تَرَكَ إِن كَانَ لَهُۥ وَلَدٌ ۚ فَإِن لَّمْ يَكُن لَّهُۥ وَلَدٌ وَوَرِثَهُۥٓ أَبَوَاهُ فَلِأُمِّهِ ٱلثُّلُثُ ۚ فَإِن كَانَ لَهُۥٓ إِخْوَةٌ فَلِأُمِّهِ ٱلسُّدُسُ ۚ مِنۢ بَعْدِ وَصِيَّةٍ يُوصِى بِهَآ أَوْ دَيْنٍ ۗ ءَابَآؤُكُمْ وَأَبْنَآؤُكُمْ لَا تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعًا ۚ فَرِيضَةً مِّنَ ٱللَّهِ ۗ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًا

    Yooṣeekumul laahu feee ʹawlaadikum: liẓ-ẓakari mis̤lu ḥaz̤̣ẓil ʹuñṣayayn: faʹiñ kunna nisaaaʹañ fawq̣as̤ natayni falahunna s̤ulus̤aa maa- tarak; waʹiñ kaanat waaḥidatañ falahan niṣf. Wa-liʹabawayhi likulli waaḥidim minhumas sudusu mimmaa taraka ʹiñ kaana lahoo walad; faʹil lam yakul lahoo waladuñw wawaris̤ahooo ʹabawaahu faliʹummihis̤ s̤ulus̤; faʹiñ kaana lahooo ʹikhwatuñ faliʹummihis sudusu mim baʻdi waṣiyyatiñy yooṣee bihaaa ʹaw dayn. Aabaaaʹukum, waʹabnaaaʹukum laa- tadroona ʹayyuhum ʹaq̣rabu lakum nafʻaa. Fareeḍatam minal laah; ʹinnal laaha kaana ʻAleeman Ḥakeemaa.

    ކަލޭމެންގެ ދަރިންނާމެދު ﷲ ކަލޭމެނަށް أمر ކުރައްވަނީ تَرِكَة މުދާބެހުމުގައި ފިރިހެންދަރިއަކަށް ދެ އަންހެންދަރިންގެ ބައިދިނުމަށެވެ. ފަހެ ދެއަންހެންކުދިންނަށްވުރެ ގިނަ އަންހެނުން ތިބިއްޔާ (عَصَبَة ތެރިން ނެތްނަމަ) ތަރިކައިގެތެރެއިން އެކަނބަލުންނަށް ތިންބައިކުޅަ ދެބަޔެވެ. (އެބައި އެކަނބަލުންގެ މެދުގައި ބެހެވޭނެއެވެ.) އަދި އެއީ އެންމެ އަންހެނެއްނަމަ (عَصَبَة ކުރާނޭ މީހަކު ނެތިއްޔާ) އޭނާއަށް މުދަލުގެ ދެބައިކުޅައެއްބައެވެ. އަދި مَيّت އާގެ މައިންބަފައިންކުރެ ކޮންމެ މީހަކަށް مَيّت އާ ދޫކުރި ތަރިކައިގެ ހަބައިކުޅަ އެއްބައެވެ. އެއީ مَيّت އާ އަށް ދަރިންތިބި ކަމުގައި ވަންޏާއެވެ. އަދި مَيّت އާ ދަރިންނެތްނަމަ އޭނާގެ މައިން ބަފައިން ވާރުތަކުރާނެއެވެ. ފަހެ އޭނާގެ މަންމައަށް ތިންބައިކުޅަ އެއްބައެވެ. އަދި مَيّت އާއަށް أخ ންވާނަމަ އޭނާގެ މަންމައަށް ހަބައިކުޅަ އެއްބައެވެ. މިގޮތަށް މިކަން ހިނގާނީ مَيّت އާ ކޮށްފައިވާ وصيّة އާއި އަދި އޭނާގެ ދަރަނި (އޮތްނަމަ) އެދަރަނީގެ ކަންތަ އަދާކުރުމަށްފަހުގައެވެ. ކަލޭމެންގެ ބަފައިންނާ އަދި ދަރިންކުރެ ކަލޭމެނަށް مَنْفَعَ ބޮޑީ އެތަނުން ކާކުކަމެއް ކަލޭމެނަކަށް ނޭނގޭނެއެވެ. (އަދި އިސްވެދިޔަފަދައިން މުދާބެހުން) އެއީ ﷲ ކަނޑައަޅުއްވާފައިވާ فرض އެއްގެގޮތުން ކުރަންޖެހޭނެކަމެކެވެ. ހަމަކަށަވަރުން ﷲ تعالى އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލަކުކަމުގައިވިއެވެ.

  122. 4:12

    ۞ وَلَكُمْ نِصْفُ مَا تَرَكَ أَزْوَٰجُكُمْ إِن لَّمْ يَكُن لَّهُنَّ وَلَدٌ ۚ فَإِن كَانَ لَهُنَّ وَلَدٌ فَلَكُمُ ٱلرُّبُعُ مِمَّا تَرَكْنَ ۚ مِنۢ بَعْدِ وَصِيَّةٍ يُوصِينَ بِهَآ أَوْ دَيْنٍ ۚ وَلَهُنَّ ٱلرُّبُعُ مِمَّا تَرَكْتُمْ إِن لَّمْ يَكُن لَّكُمْ وَلَدٌ ۚ فَإِن كَانَ لَكُمْ وَلَدٌ فَلَهُنَّ ٱلثُّمُنُ مِمَّا تَرَكْتُم ۚ مِّنۢ بَعْدِ وَصِيَّةٍ تُوصُونَ بِهَآ أَوْ دَيْنٍ ۗ وَإِن كَانَ رَجُلٌ يُورَثُ كَلَـٰلَةً أَوِ ٱمْرَأَةٌ وَلَهُۥٓ أَخٌ أَوْ أُخْتٌ فَلِكُلِّ وَٰحِدٍ مِّنْهُمَا ٱلسُّدُسُ ۚ فَإِن كَانُوٓا۟ أَكْثَرَ مِن ذَٰلِكَ فَهُمْ شُرَكَآءُ فِى ٱلثُّلُثِ ۚ مِنۢ بَعْدِ وَصِيَّةٍ يُوصَىٰ بِهَآ أَوْ دَيْنٍ غَيْرَ مُضَآرٍّ ۚ وَصِيَّةً مِّنَ ٱللَّهِ ۗ وَٱللَّهُ عَلِيمٌ حَلِيمٌ

    Wa-lakum niṣfu maa- taraka ʹazwaajukum ʹil lam yakul lahunna walad; faʹiñ kaana lahunna waladuñ falakumur rubuʻu mimmaa tarakna mim baʻdi Waṣiyyatiñy yooṣeena bihaaa ʹaw dayn. Wa-lahunnar rubuʻu mimmaa taraktum ʹil lam yakul lakum walad; faʹiñ kaana lakum waladuñ falahunnas̤ s̤umunu mimmaa taraktum mim baʻdi Waṣiyyatiñ tooṣoona bihaaa ʹaw dayn. Wa-ʹiñ kaana rajuluñy yooras̤u kalaalatan ʹawim raʹatuñw walahooo ʹakhun ʹaw ʹukhtuñ falikulli waaḥidim minhumas sudus; faʹiñ kaanooo ʹaks̤ara miñ ẓaalika fahum shurakaaʹu fis̤ s̤ulus̤i mim baʻdi Waṣiyyatiñy yooṣaa bihaaa ʹaw daynin g̣ayra muḍaarr. Waṣiyyatam minal laah; wallaahu ʻAleemun Ḥaleem.

    އަދި ކަލޭމެންގެ އަނބީން މަރުވެގެންދަމުން ދޫކުރި މުދަލުން ކަލޭމެން ފިރިންނަށް ދެބައިކުޅަ އެއްބައެވެ. އެއީ އެކަނބަލުންގެ ދަރިން ނެތިއްޔާއެވެ. ފަހެ އެކަނބަލުންގެ ދަރިން ތިބިކަމުގައިވަންޏާ އެކަނބަލުން ދޫކުރިމުދަލުން ކަލޭމެންނަށް ހަތަރުބައިކުޅައެއްބައެވެ. އެއީ وصيّة އެއް ކޮށްފައިވާނަމަ އެ وصيّة އަކުން ދޭންވީ އެއްޗެއް ދިނުމަށްފަހުގައެވެ. އަދި ميّت އާގެ ދަރަނިވާނަމަ ދަރަނި އަދާކުރުމަށްފަހުގައެވެ. އަދި ކަލޭމެން ފިރިން މަރުވެގެން ދަމުން ދޫކުރި މުދަލުން އެކަނބަލުންނަށް އެބަހީ އަނބީންނަށް ހަތަރުބައިކުޅައެއްބައެވެ. އެއީ ކަލޭމެންގެ ދަރިން ނެތިއްޔާއެވެ. ކަލޭމެންނަށް ދަރިން ތިބިކަމުގައިވާނަމަ ކަލޭމެން ދޫކުރި މުދަލުން އެކަނބަލުންނަށް އަށްބައިކުޅައެއްބައެވެ. އެއީ ކަލޭމެންކުރި وصيّة އެއްވާނަމަ އެ وصيّة ގެ ކަންތައް ނިންމުމަށްފަހުގައެވެ. އަދި ދަރަންޏެއްވާނަމަ އެދަރަނި ނިންމުމަށްފަހުގައެވެ. އަދި كلالة ގެގޮތުން ފިރިހެނަކު ނުވަތަ އަންހެނަކު ވާރުތަކޮށްދޭނަމަ (كلالة އަކީ) އެންމެ أخ އެއް ނުވަތަ أخت އެއްވާ (ميّت) މީހާއެވެ. އެހެން ދިމާވެއްޖެނަމަ އެއިން ކޮންމެ މީހަކަށް ހަބައިކުޅައެއްބައެވެ. ދެން އެއަށްވުރެ ގިނަ أخ ންނާ أخت ންތިބިނަމަ އެ އެންމެންގެ މެދުގައި ތިންބައިކުޅައެއްބައި ބެހެވޭނެއެވެ. އެއީ ކޮށްފައިވާ وصيّة އާއި ދަރަނީގެ ކަންތައް ނިންމުމަށްފަހުގައެވެ. ވާރުތަވެރިންނަށް އެއްވެސް އުނދަގުލެއް ދައްޗެއް ނުވާނެގޮތުންނެވެ. މިއީ ﷲ ގެ حضرة ންވާ އަމުރެއްގެ ގޮތުގައެވެ. އަދި ﷲ އީ ދެނެވޮޑިގެންވާ ކުއްލިއަކަށް ބަދަލު ނުހިއްޕަވާ ކޯފާމަޑު ކަލާނގެއެވެ.

  123. 4:13

    تِلْكَ حُدُودُ ٱللَّهِ ۚ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدْخِلْهُ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ وَذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ

    Tilka Ḥudoodul laah: wa-mañy yuṭiʻil laha wa-Rasoolahoo yudkhilhu Jannaatiñ tajree miñ taḥtihal ʹanhaaru khaalideena feehaa: waẓaalikal fawzul ʻaz̤̣eem.

    އެއީ ﷲ ގެ حدّ ތަކެވެ. (އެބަހީ: تَرِكَة މުދާ ބެހުމާ ބެހޭގޮތުން އަންގަވާފައި އެވަނީ ﷲ ކަނޑައަޅުއްވާފައިވާ މިންގަނޑުތަކެވެ. އެ حدّ ތަކަށް ކިޔަމަންތެރިވުން ވާޖިބުވެގެންވެއެވެ.) އަދި ﷲ އަށާއި އެކަލާނގެ رسول އާއަށް ކިޔަމަންތެރިވެއްޖެމީހާ (ދަންނައެވެ!) އެތަންތާނގެ ދަށުން އާރުތައް ދެމިދެމިއޮންނަ ބަގީޗާތަކަކަށް / - ސުވަރުގެތަކަކަށް - އެކަލާނގެ އެމީހުން ވައްދަވާނެއެވެ. އެތަންތާނގައި އެމީހުން ދެމިތިބޭ حال ގައެވެ. އެއީ ބޮޑުވެގެންވާ ނަސީބެވެ.

  124. 4:14

    وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ وَيَتَعَدَّ حُدُودَهُۥ يُدْخِلْهُ نَارًا خَـٰلِدًا فِيهَا وَلَهُۥ عَذَابٌ مُّهِينٌ

    Wa-mañy yaʻṣil laaha wa-Rasoolahoo wa-yataʻadda ḥudoodahoo yudkhilhu Naaran khaalidañ feehaa: wa-lahoo ʻaẓaabum muheen.

    އަދި ﷲ އަށާއި އެކަލާނގެ رسول އާއަށް އުރެދިއްޖެމީހާ އަދި އެކަލާނގެ ކަނޑައަޅުއްވާފައިވާ حدّ ތައް ފަހަނަޅައި ހިނގައްޖެމީހާ ދަންނައެވެ! އެކަނިވެރިކޮށް ހުންނަގޮތަށް އެކަލާނގެ އޭނާ އަލިފާނަކަށް (ނަރަކައަށް) ވައްދަވާހުއްޓެވެ. އެތާ ދެމިހުންނަ حال ގައެވެ. އަދި އޭނާއަށް ހުރީ އިހާނާތްތެރިވެގެންވާ عذاب އެކެވެ.

  125. 4:15

    وَٱلَّـٰتِى يَأْتِينَ ٱلْفَـٰحِشَةَ مِن نِّسَآئِكُمْ فَٱسْتَشْهِدُوا۟ عَلَيْهِنَّ أَرْبَعَةً مِّنكُمْ ۖ فَإِن شَهِدُوا۟ فَأَمْسِكُوهُنَّ فِى ٱلْبُيُوتِ حَتَّىٰ يَتَوَفَّىٰهُنَّ ٱلْمَوْتُ أَوْ يَجْعَلَ ٱللَّهُ لَهُنَّ سَبِيلًا

    Wallaatee yaʹteenal faaḥishata min nisaaaʹikum fastashhidoo ʻalayhinna ʹarbaʻatam miñkum: faʹiñ shahidoo faʹamsikoohunna fil buyooti ḥattaa yatawaffaahunnal mawtu ʹaw yajʻalal laahu lahunna sabeelaa.

    އަދި ކަލޭމެން (مؤمن) އަންހެނުންގެތެރެއިން ޒިނޭކުރުމުގެ فاحش ކަންތައް ގެނެސްގަންނަ މީހުން / - ޒިނޭކުރާމީހުން އެކަންކުރިކަމުގެމައްޗަށް ކަލޭމެންގެތެރެއިން ހަތަރުހެކިން ހެކިކުރުވާށެވެ! ދެންފަހެ އެމީހުން ހެކިދީ އެކަން ސާބިތުވެއްޖެނަމަ އެކަނބަލުން މަރުވަންދެން ނުވަތަ ﷲ އެމީހުންނަށް އެހެންގޮތެއް ކަނޑައަޅުއްވާދެން އެކަނބަލުން ގޭގައި ބަންދުކޮށްފާ ބައިތިއްބާށެވެ!

  126. 4:16

    وَٱلَّذَانِ يَأْتِيَـٰنِهَا مِنكُمْ فَـَٔاذُوهُمَا ۖ فَإِن تَابَا وَأَصْلَحَا فَأَعْرِضُوا۟ عَنْهُمَآ ۗ إِنَّ ٱللَّهَ كَانَ تَوَّابًا رَّحِيمًا

    Wallaẓaani yaʹtiyaanihaa miñkum faʹaaẓoohumaa. Faʹiñ taabaa wa-ʹaṣlaḥaa faʹaʻriḍoo ʻanhumaa; ʹinnal laaha kaana Tawwaabar Raḥeemaa.

    އަދި ކަލޭމެންކުރެން އެ فاحش ކަންތައްކުރި ދެމީހުން އަންހެންމީހާޔާ ފިރިހެންމީހާޔާ ދެމީހުން ދަންނައެވެ! ކަލޭމެން އެމީހުނަށް އުނދަގޫކުރާށެވެ! (އެއީ ހުތުރު އެއްޗެތި ކިއުމާ ފައިވާނުންތެޅުމާއި މިފަދަ ކަންތައްކަމުގައި ރިވާވެގެންވެއެވެ. އަދި މިކަމަކީ ޒިނޭގެ حدّ ބާވައިލެއްވުމުގެ ކުރީގައި އޮތް حكم އެއްކަމުގައިވެއެވެ. އަދި حدّ ކަނޑައެޅުމުން މިއާޔަތުގެ حكم އެގޮތަށް ނެތްކަމަށް ވިދާޅުވާ ބޭކަލުން ވެއެވެ.) = تفسير بن كثير = - ދެންފަހެ އެދެމީހުން توبة ވެ إصلاح ކޮށްފިއްޔާ އެދެމީހުންގެ ފަރާތުން ކަލޭމެން އެނބުރިދުރުވެގަންނާށެވެ! ދޫކޮށްލާށެވެ! ހަމަކަށަވަރުން ﷲ އީ ގިނަގިނައިން توبة ލައްވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. • ދަންނައެވެ! އަދި މިއާޔަތަކީ ފިރިހެނުން ފިރިހެނުންނާއެޅި لِواط ކޮށްހެދީމާ އެކަމާބެހޭގޮތުން އައިސްފައިވާ އާޔަތެއްކަމުގައި تفسير ފޮތްތަކުގައި ރިވާވެގެންވެއެވެ. ކޮންމެޔަކަސް މިއީ مفسّر ންގެ ބަސް ތަފާތުވެފައިވާ އާޔަތެކެވެ. ވީމާ އެވާހަކަ ހަނދާންކުރުން ހުއްޓެވެ. والله أعلم بالصّواب.

  127. 4:17

    إِنَّمَا ٱلتَّوْبَةُ عَلَى ٱللَّهِ لِلَّذِينَ يَعْمَلُونَ ٱلسُّوٓءَ بِجَهَـٰلَةٍ ثُمَّ يَتُوبُونَ مِن قَرِيبٍ فَأُو۟لَـٰٓئِكَ يَتُوبُ ٱللَّهُ عَلَيْهِمْ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًا

    ʹInnamat tawbatu ʻalal laahi lillaẓeena yaʻmaloonas soooʹa bijahaalatiñ s̤umma yatooboona miñ q̣areebiñ faʹulaaaʹika yatoobul laahu ʻalayhim: wa-kaanal laahu ʻAleeman Ḥakeemaa.

    توبة އޮންނާނެކަންކަށަވަރީ ތިމާމެންނަށް ނޭނގިގެން ކުށްކުރާ މީހުންނަށެވެ. ދެން ދާދިއަވަހަށް އެމީހުން އެކުށާމެދު توبة ވާ މީހުންނަށެވެ. ފަހެ ﷲ تعالى އެމީހުންގެމައްޗަށް توبة ލައްވައެވެ. އަދި ﷲ تعالى އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެކަމުގައިވިއެވެ.

  128. 4:18

    وَلَيْسَتِ ٱلتَّوْبَةُ لِلَّذِينَ يَعْمَلُونَ ٱلسَّيِّـَٔاتِ حَتَّىٰٓ إِذَا حَضَرَ أَحَدَهُمُ ٱلْمَوْتُ قَالَ إِنِّى تُبْتُ ٱلْـَٔـٰنَ وَلَا ٱلَّذِينَ يَمُوتُونَ وَهُمْ كُفَّارٌ ۚ أُو۟لَـٰٓئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا

    Wa-laysatit tawbatu lillaẓeena yaʻmaloonas sayyiʹaati ḥattaaa ʹiẓaa ḥaḍara ʹaḥadahumul mawtu q̣aala ʹinnee tubtul ʹaana wa-lal laẓeena yamootoona wa-hum kuffar: ʹulaaaʹika ʹaʻtadnaa lahum ʻaẓaaban ʹaleemaa.

    އަދި ނުބައިކަންތައްތައް ކުރާމީހުން އެމީހުން ތައުބާނުވެތިއްބާ އެމީހުންނަށް މަރު حاضر ވެއްޖެއްޔާ މިއަޅާ މިހާރު توبة ވެއްޖައީމެވެ. ބުނާމީހުންގެ މައްޗަށާއި އަދި ކާފަރުކަންމަތީ މަރުވެގެންދާމީހުންގެ މައްޗަކަށް توبة އެއް ނުވެއެވެ. އެބައިމީހުންނަށް ވޭންދެނިވި عذاب އެއް ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.

  129. 4:19

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَحِلُّ لَكُمْ أَن تَرِثُوا۟ ٱلنِّسَآءَ كَرْهًا ۖ وَلَا تَعْضُلُوهُنَّ لِتَذْهَبُوا۟ بِبَعْضِ مَآ ءَاتَيْتُمُوهُنَّ إِلَّآ أَن يَأْتِينَ بِفَـٰحِشَةٍ مُّبَيِّنَةٍ ۚ وَعَاشِرُوهُنَّ بِٱلْمَعْرُوفِ ۚ فَإِن كَرِهْتُمُوهُنَّ فَعَسَىٰٓ أَن تَكْرَهُوا۟ شَيْـًٔا وَيَجْعَلَ ٱللَّهُ فِيهِ خَيْرًا كَثِيرًا

    Yaaaʹayyuhal laẓeena ʹaamanoo laa- yaḥillu lakum ʹañ taris̤un nisaaaʹa karhaa. Wa-laa taʻḍuloohunna litaẓhaboo bibaʻḍi maaa ʹaataytumoohunna ʹillaaa ʹañy yaʹteena bifaaḥishatim mubayyinah; wa-ʻaashiroohunna bilmaʻroof. Faʹiñ karihtumoohunna faʻasaaa ʹañ takrahoo shyʹañw wayajʻalal laahu feehi khayrañ kas̤eeraa.

    އޭ އީމާންވެއްޖެ މީހުންނޭވެ! އަންހެނުން ގަދަކަމުން ވާރުތަކުރުން حلال ވެގެން ނުވެއެވެ. އަދި އެކަނބަލުންނަށް ކަލޭމެން ދީފައިވާ ތަކެތީގެ ބައެއް ހިނގައިދާނެތީ އެކަނބަލުން (މީހުނާ އިނަނުދީ) ނުހިފަހައްޓާށެވެ! ބަންދު ނުކުރާށެވެ! އެކަނބަލުން بيان ވެގެންވާ فاحش ކަމެއް ގެނަސްގެންފިއްޔާ މެނުވީއެވެ. (އެފަދަކަމެއް ގެނެސްގަނެފިއްޔާ އެކަނބަލުން ހިފެހެއްޓިދާނެއެވެ.) އަދި ރަނގަޅުގޮތުގައި އެކަނބަލުންނާއި مُعاشرة ކުރާށެވެ! ގުޅުން ބަހައްޓާށެވެ! ފަހެ ކަލޭމެން އެކަނބަލުންނާމެދު ނުރުހިދާނެއެވެ. ނުރުހުނު ނަމަވެސް ކަލޭމެން ނުރުހޭކަމާއިމެދު ﷲ އެކަމުގައި އެތަކެއްގިނަ ހެޔޮތަކެއް ލެއްވުން أمّيد ކުރެވެއެވެ. • ދަންނައެވެ! މިއާޔަތުގެ މާނައިގައި تفسير علم ވެރިން ދެގޮތަކަށް މާނަކުރައްވައެވެ. ފުރަތަމަގޮތަކީ: މިއީ جاهليّة ޒަމާނުގެ ކަމެކެވެ. އެކަންވާގޮތަކީ ދެމަފިރިންކުރެ ފިރިހެންމީހާ މަރުވީމާ ދެން އެއިންނަ ހުވަފަތް އަންހެނުން އެފިރިހެންމީހާގެ އެންމެގާތް މީހެއްގެ حقّ ކަމުގައިވެއެވެ. އޭނާ ބޭނުންވިއްޔާ އެއަންހެންމީހާއާއި އިނދެއެވެ. ނުވަތަ އޭނާ އެދެންޏާ މީހަކާ އިނަ ނުދީ ހިފަހައްޓައެވެ. އެގޮތަށް މަރުވާންދެން ހިފަހައްޓައެވެ. ދެންހުރި މުދަލެއްވެސް ވާރުތަކުރެއެވެ. އަނެއްގޮތަކީ: ފިރިމީހާ އަނބިމީހާއާއިއެކު އުޅޭހިތް ނުވުމާއެކުވެސް އަނބިމީހާއަށް ދީފައިވާ ކާވެނިރަން ނުވަތަ ރަނުގެ ބައެއްދޭ ދެން ވަރިނުކޮށް ހިފެހެއްޓުމެވެ. އަދި މިނޫންގޮތްގޮތަށްވެސް މިއާޔަތުގެ ترجمة ގައި ވާހަކަދެކެވިފައިވެއެވެ. والله أعلم بالصّواب.

  130. 4:20

    وَإِنْ أَرَدتُّمُ ٱسْتِبْدَالَ زَوْجٍ مَّكَانَ زَوْجٍ وَءَاتَيْتُمْ إِحْدَىٰهُنَّ قِنطَارًا فَلَا تَأْخُذُوا۟ مِنْهُ شَيْـًٔا ۚ أَتَأْخُذُونَهُۥ بُهْتَـٰنًا وَإِثْمًا مُّبِينًا

    Wa-ʹin ʹarattumustib daala ẓawjim makaana zawjiñw waʹaataytum ʹiḥdaahunna q̣iñṭaarañ falaa taʹkhuẓoo minhu shayʹaa: ʹataʹkhuẓoonahoo buhtaanañw waʹis̤mam mubeenaa.

    (އޭ ފިރިހެނުންނޭވެ!) ކަލޭމެން އަތްންބަކު ވަރިކޮށް އަދި އޭނާގެ ބަދަލުގައި އެހެންމީހަކު އިނދެގެން ގެންނަންޏާ އެވަރިކުރާން قصد ކުރާ އަތްންބަކަށް ކިތަންމެގިނަ عدد އެއްގެ މުދަލެއް ދީފައިވީނަމަވެސް ކަލޭމެން އެއިން އެކަތިކޮޅެއްވެސް ނުހިފާށެވެ! އަތްނުލާށެވެ! (އެއިން އެތިކޮޅެއް އަތުލުމަކީ އަނިޔާއެކެވެ. ފާފައެކެވެ.) އަނިޔާވެރިވެވޭ އަދި ފާފަވެރިވެވޭގޮތަކަށް އެމުދާ ހިފުން ކަލޭމެނަށް حلال ވާނީ ކޮންފަދައަކުންހެއްޔެވެ؟

  131. 4:21

    وَكَيْفَ تَأْخُذُونَهُۥ وَقَدْ أَفْضَىٰ بَعْضُكُمْ إِلَىٰ بَعْضٍ وَأَخَذْنَ مِنكُم مِّيثَـٰقًا غَلِيظًا

    Wa-kayfa taʹkhuẓoonahoo wa-q̣ad ʹafḍaa baʻḍukum ʹilaa baʻḍiñw waʹakhaẓna miñkum mees̤aaq̣an g̣aleez̤̣aa?

    ހަމަކަށަވަރުން ކަލޭމެން ވަނީ އެއްބަޔަކު އަނެއްބަޔަކު ނިވައިކޮށްފައެވެ. އެއްބަޔަކު އަނެއްބަޔަކު ކައިރިއަށް ވަދެފައެވެ. (جِمَاعُ ވެފައެވެ.) އަދި ކަލޭމެންގެ ކިބައިން އެކަނބަލުންވަނީ ގަދަވެގެންވާ عهد ކަށަވަރެއް ހިއްޕަވާފައެވެ. (އެއީ فرج ތައް حلال ކުރުމުގެ كلمة ފުޅެވެ. ކާވެނި عَقْد ކުރުމުގެ كلمة ފުޅެވެ. އެ كلمة ފުޅުގެމަތީން ކަލޭމެންވަނީ عهد ވެ ނިންމާފައެވެ.)

  132. 4:22

    وَلَا تَنكِحُوا۟ مَا نَكَحَ ءَابَآؤُكُم مِّنَ ٱلنِّسَآءِ إِلَّا مَا قَدْ سَلَفَ ۚ إِنَّهُۥ كَانَ فَـٰحِشَةً وَمَقْتًا وَسَآءَ سَبِيلًا

    Wa-laa tañkiḥoo maa- nakaḥa ʹaabaaaʹukum minan nisaaaʹi ʹillaa maa- q̣ad salaf: ʹinnahoo kaana faaḥishatañw wamaq̣tanw wasaaaʹa sabeelaa.

    އަދި އަންހެނުންގެތެރެއިން ކަލޭމެންގެ ބަފައިން ކާވަނިކޮށްފައިވާ މީހުންނާ (އިނދެވަރިކޮށްފައި ނުވަތަ ބައްޕަ މަރުވެ ހުވަފަތް ވެފައިވާ މީހުންނާއި) ކަލޭމެން ނުއިންނާށެވެ! އިސްވެދިޔަ ތަން ދެން އެދިޔައީއެވެ. ހަމަކަށަވަރުން އެކަމަކީ - އެބަހީ ބައްޕައިން އިނދެފައިވާ މީހުންނާ ކަލޭމެން އިނުމަކީ ހަޑިހުތުރު فاحش ކަމެކެވެ. އަދި ﷲ ކޯފާވެވޮޑިގަންނަވާ ކަމެކެވެ. އަދި ނުބައިވެގެންވާ މަގެކެވެ.

  133. 4:23

    حُرِّمَتْ عَلَيْكُمْ أُمَّهَـٰتُكُمْ وَبَنَاتُكُمْ وَأَخَوَٰتُكُمْ وَعَمَّـٰتُكُمْ وَخَـٰلَـٰتُكُمْ وَبَنَاتُ ٱلْأَخِ وَبَنَاتُ ٱلْأُخْتِ وَأُمَّهَـٰتُكُمُ ٱلَّـٰتِىٓ أَرْضَعْنَكُمْ وَأَخَوَٰتُكُم مِّنَ ٱلرَّضَـٰعَةِ وَأُمَّهَـٰتُ نِسَآئِكُمْ وَرَبَـٰٓئِبُكُمُ ٱلَّـٰتِى فِى حُجُورِكُم مِّن نِّسَآئِكُمُ ٱلَّـٰتِى دَخَلْتُم بِهِنَّ فَإِن لَّمْ تَكُونُوا۟ دَخَلْتُم بِهِنَّ فَلَا جُنَاحَ عَلَيْكُمْ وَحَلَـٰٓئِلُ أَبْنَآئِكُمُ ٱلَّذِينَ مِنْ أَصْلَـٰبِكُمْ وَأَن تَجْمَعُوا۟ بَيْنَ ٱلْأُخْتَيْنِ إِلَّا مَا قَدْ سَلَفَ ۗ إِنَّ ٱللَّهَ كَانَ غَفُورًا رَّحِيمًا

    Ḥurrimat ʻalaykum ʹummahaatukum wa-banaatukum wa-ʹakhawaatukum wa-ʻammaatukum wa-khaalaatukum wa-banaatul ʹakhi wa-banaatul ʹukhti wa-ʹummahaatu kumul laateee ʹarḍaʻnakum wa-ʹakhawaatukum minarraḍaaʻati wa-ʹummahaatu nisaaaʹikum wa-rabaaaʹibukumul laatee fee ḥujoorikum min nisaaaʹikumul laatee dakhaltum̃ bihinn, faʹil lam takoonoo dakhaltum̃ bihinna falaa junaaḥa ʻalaykum wa-ḥalaaaʹilu ʹabnaaaʹikumul laẓeena min ʹaṣlaabikum wa-ʹañ tajmaʻoo baynal ʹukhtayni ʹillaa maa- q̣ad salaf; ʹinnal laaha kaana G̣afoorar Raḥeemaa:

    (މިއަންނަނިވިމީހުން) ކަލޭމެންގެ މައްޗަށް حرام ކުރެވިއްޖެއެވެ. ކަލޭމެންގެމައިން - ކަލޭމެންގެ އަންހެން ދަރީން ކަލޭމެންގެ أُخْتُ ން ކަލޭމެންގެ ބަފައިފުށުގެ ބޮޑުދައިތައިން - ކަލޭމެންގެ މައިފުށުގެ ބޮޑުދައިތައިން - ކަލޭމެންގެ أَخُ ގެ އަންހެންދަރިން - ކަލޭމެންގެ أُخْتُ ގެ އަންހެން ދަރިން ކަލޭމެންނަށް ކިރުދިން ކިރުމައިން ކިރުބުއިމުގެ ގޮތުން ކަލޭމެންގެ أُخْتُ ން (އެއްކިރުބުއި އަންހެންކުއްޖާ) ކަލޭމެންގެ އަނބީންގެ މައިން (މައިދައިތަ) - ކަލޭމެން އެކަނބަލުންނާ އިނދެ ރޭކޮށްފައިވާ އަނބީންގެ ކަލޭމެން ގެންގުޅޭ ދޮންދަރިން - އެކަނބަލުންނާ ރޭ ނުކުރާނަމަ އެކުދިންނާ އިނުމަކުން ކަލޭމެންގެ މައްޗަކަށް ކުށެއްނެތެވެ. - ކަލޭމެންގެ އުފަން ފިރިހެން ދަރިންގެ އަނބިން (ދަނބިގޮއްޔެ / ދަނބިކޮއި) - އަދި އެއްފަހަރާ ދެ أُخْتُ ން ޖަމާކުރުން. (އެބަހީ އެކަކާއި އިނދެގެންހުރެ އެއަންހެންކުއްޖާގެ ދައްތަޔާ ނުވަތަ ކޮއްކޮޔާ އިނުން. މިއެވެ. - މީގެތެރެއިން މި حكم އައުމުގެ ކުރިން އިސްވެގޮސްފައިވާ ކަމެއް މެނުވީއެވެ. ހަމަކަށަވަރުން ﷲ تعالى އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.