Back to Quran

ސޫރަތްތައް 49

Al-Hujurat

The Rooms · Madani · 18 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُقَدِّمُوا۟ بَيْنَ يَدَىِ ٱللَّهِ وَرَسُولِهِۦ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ

    Yaaa-ʹayyuhal laẓeena ʹaamanoo laa- tuq̣addimoo bayna yadayil laahi wa-Rasoolihee wattaq̣ul laah: ʹInnal laaha Sameeʻun ʻAleem.

    އޭއީމާންވެއްޖެ މީސްތަކުންނޭވެ! الله އާއި އެކަލާނގެ ރަސޫލާގެ ކުރިފުޅުމަތީގައި ކަލޭމެން އިސްވެނުގަންނާށެވެ! އަދި ކަލޭމެން الله އަށް ބިރުވެތިވާށެވެ تَقْوَى ވެރިވާށެވެ! ހަމަކަށަވަރުން الله އީ އައްސަވާ ވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.\nދަންނައެވެ. الله އާއި އެކަލާނގެ ރަސޫލާގެ ކުރިފުޅުމަތީގައި ކަލޭމެން އިސްވެނުގަންނާށެވެ! މިހެންއޮތްބަސްފުޅުން މުރާދުކުރެވެނީ رَسُولُ الله ﷺ ދުނިޔޭގައި ހުންނަވަނިކޮށް އަދި އެކަލޭގެފާނުންގެ ކުރިފުޅުމަތީގައި އެއްވެސްކަމެއްގައި އެކަލޭގެފާނަށްވުރެކުރިން އެކަމަކަށް ފާޑުކިޔައި، ގޮތްކިޔައިނުހެދުމެވެ. އަދިއެކަލޭގެފާނު ދުނިޔޭގައި ނެތްހިނދުން ﷲ ގެއާޔަތްތަކާއި އަދި ރަސޫލު ﷺ ގެ ބަސްފުޅާއި خِلآف އަށް ކަންތައްތައްކޮށް ނުހެދުމެވެ. އެއީ މުސްލިމުންނަށް އެކަށީގެންވާ ކަމެއްނޫނެވެ.

  2. 2

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَرْفَعُوٓا۟ أَصْوَٰتَكُمْ فَوْقَ صَوْتِ ٱلنَّبِىِّ وَلَا تَجْهَرُوا۟ لَهُۥ بِٱلْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَـٰلُكُمْ وَأَنتُمْ لَا تَشْعُرُونَ

    Yaaa-ʹayyuhal laẓeena ʹaamanoo laa- tarfaʻooo ʹaṣwaatakum fawq̣a ṣawtin Nabiyyi wa-laa tajharoo lahoo bilq̣awli kajahri baʻḍikum libaʻḍin ʹañ taḥbaṭa ʹaʻ-maalukum wa-ʹañtum laa- tashʻuroon.

    އޭއީމާންވެއްޖެ މީހުންނޭވެ. ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ކަލޭމެން އަޑުތައް ނުއުފުލާށެވެ! އަދި ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް އަޑުގަދަކުރާގޮތަށް އަޑު އުފުލާ ވާހަކަ ދައްކާގޮތަށް ގޮތަށް އެކަލޭގެފާނުންގެ އަރިހުގައި އަޑު ނުއުފުލާށެވެ! އެގޮތަށްބަސްނުބުނާށެވެ! އެއީ ކަލޭމެންގެ ހެޔޮ ޢަމަލުތައް ކަލޭމެންނަށް إحْسَاس ވެސްނުވެ بَاطِلُ ނުވުމައްޓަކައެވެ. (بَاطِلُ ވެދާނެތީއެވެ.)\nދަންނައެވެ. މިބަސްޅުން ރަނގަޅަށް އެނގެނީ އެކަލޭގެފާނުންގެ ކުރިފުޅުމަތީގައި އެގޮތަށް އަޑުހަރުކޮށް ވާހަދައްކާނަމަ ތިމާމެންގެ ހެޔޮ ޢަމަލު بَاطِلُ ވާނެކަމެވެ. އަދި އަޑުހަރުކޮށް ވާހަކަދެއްކުމުގެ މުރާދެއްކަމުގައި ބައެއްބޭކަލުން ވިދާޅުވަނީ އޭ محَمَّد އޭ محَمَّد މިހެންކިޔައި އެކަލޭގެފާނާއި مُخَاطَبُ ކުރުމެވެ. އެޔާއިމުޅިން ޚިލާފަށް އެކަލޭގެފާއި مُخَاطَبُ ކުރަންވާނީ يَا نَبِيَّ الله ނުވަތަ يَا رَسُولَ الله އެވެ. ދެންފަހެ މިވާހަކައިގެ މުޅި މުރާދަކީ އެކަލޭގެފާނަށް މާތްކޮށްހިތާ އަދަބު تَعْظِيْمُ ކޮށް إحْتِرَام ކުރުމެވެ.

  3. 3

    إِنَّ ٱلَّذِينَ يَغُضُّونَ أَصْوَٰتَهُمْ عِندَ رَسُولِ ٱللَّهِ أُو۟لَـٰٓئِكَ ٱلَّذِينَ ٱمْتَحَنَ ٱللَّهُ قُلُوبَهُمْ لِلتَّقْوَىٰ ۚ لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ

    ʹInnal laẓeena yag̣uḍḍoona ʹaṣwaatahum ʻiñda Rasoolil laahi ʹulaaaʹikal laẓeenam ta-ḥanal laahu q̣uloobahum littaq̣waa: lahum Mag̣firatuñw WaʹAjrun ʻaz̤̣eem.

    ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ އަރިހުގައި އެމީހުންގެ އަޑުތައް މަޑުކުރާމީހުން އެމީހުން އެއީ تَقْوَى ވެރިވުމަށް الله އެމީހުންގެ ހިތްތައް إمْتِحَانُ ކުރެއްވި މީހުންނެވެ. އެމީހުންނަށް ކަނޑައެޅިގެން ފާފަ ފުއްސެވުމާއި އަދި ބޮޑުވެގެންވާ ދަރުމަހުންނަ ހުއްޓެވެ.

  4. 4

    إِنَّ ٱلَّذِينَ يُنَادُونَكَ مِن وَرَآءِ ٱلْحُجُرَٰتِ أَكْثَرُهُمْ لَا يَعْقِلُونَ

    ʹInnal laẓeena yunaadoonaka miñw waraaaʹil ḤUJURAATI ʹaks̤aruhum laa- yaʻq̣iloon.

    އަދި ހަމަކަށަވަރުން ކޮޓަރިކޮޅުތަކުގެ ފުރަގަހުން ކަލޭގެފާނަށް ގޮވާމީސްތަކުން އެމީހުންކުރެ ގިނަމީހުން ނުވިސްނައެވެ. ބުއްދި ނުކުރެއެވެ. * ދަންނައެވެ. މިއާޔަތުން މިއިޝާރަތްވަނީ رَسُولُ الله ﷺ ގެޒަމާނުގައި އެކަލޭގެފާނުންގެ އަރިހަށް ކަމަކުދިޔަ ބަޔަކު ކަންތައްކުރިގޮތަކާއި މެދުގައެވެ. އެމީހުންނަކީ بَنِي تشمِيْمُ ވަންހައިގެ ބަޔަކު ކަމުގައިވިއެވެ. އެމީހުން އައިސް އެކަލޭގެފާނުންގެ އަނބިއަނބި ކަނބަލުންގެ ކޮޓަރިކޮޅުތަކުގެ ފުރަގަހުގައި ތިބެގެން އެކަލޭގެފާނު ނުކުމެވަޑައިގެންނެވުމުގެކުރިން يَا محمد يَا محمد މިހެންކިޔައި އެކަލޭ ގެފަނަށް ގޮވައިހެދީއެވެ. އެމީހުންއެކަން ކުރިގޮތުގެ އަދަބު ކުޑަކަމާއި رَسُولُ الله ﷺ ގެ ޙައްޤުފުޅުގައި އަދަބު إحْتِرَام ކުޑަކުރުމުގެ ސަބަބުން الله تَعَالَى ރުހިވޮޑި ނުގަންނަވައި އެކަމާއިމެދު މުޅި އުއްމަތަށް ހޭއަރުވައިދެއްވާ އެކަލޭގެފާނަށް އަދަބު تَعْظِيْمُ ކޮށް إحْتِرَام ކުރުމަށް އެންގެވީ އެވެ.

  5. 5

    وَلَوْ أَنَّهُمْ صَبَرُوا۟ حَتَّىٰ تَخْرُجَ إِلَيْهِمْ لَكَانَ خَيْرًا لَّهُمْ ۚ وَٱللَّهُ غَفُورٌ رَّحِيمٌ

    Wa-law ʹannahum ṣabaroo ḥattaa takhruja ʹilayhim lakaana khayral lahum: wallaahu G̣afoorur Raḥeem.

    ކަލޭގެފާނު އެމީހުންގެގާތަށް ނުކުމެވަޑައިގަންނަވަންދެން އެމީހުން ކެތްތެރިނަމަ ހަމަކަށަވަރުން އެގޮތް އެމީހުންނަށް ހެޔޮވެގެންވީހެވެ. الله އީ ގިނަގިނައިން ފާފަ ފުއްސަވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  6. 6

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن جَآءَكُمْ فَاسِقٌۢ بِنَبَإٍ فَتَبَيَّنُوٓا۟ أَن تُصِيبُوا۟ قَوْمًۢا بِجَهَـٰلَةٍ فَتُصْبِحُوا۟ عَلَىٰ مَا فَعَلْتُمْ نَـٰدِمِينَ

    Yaaaʹayyuhal laẓeena ʹaamanooo ʹiñ jaaʹakum faasiq̣um binabaʹiñ fatabayyanooo ʹañ tuṣeeboo q̣awmam bijahaalatiñ fatuṣbiḥoo ʻalaa maa- faʻaltum naadimeen.

    އޭއީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގާތަށް ޚަބަރަކާއިގެން ފާސިޤުއަކު އަތުވެއްޖެއްޔާ ފަހެ އެ خَبَرُ އެއް ރަނގަޅަށް ސާފުކޮށް (ތެދު ދޮގުބަލާށެވެ.) އެއީ ބަޔަކުމީހުންނަށް (ނުقَوَاعِدُ ން) ނޭގިތިބެ އަނިޔާ ނުކުރުމަށްޓަކައެވެ. ދެންފަހެ ކަލޭމެން ނުقَوَاعِدُ ން ނޭގިތިބެ ބަޔަކުމީނުހްނަށް އަނިޔާކޮށްފިނަމަ އެކުރިކަންތަކުގެމައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި ކަލޭމެންވެދާނެއެވެ.\nދަންނައެވެ. އިސްވެދިޔަ އާޔަތް ބާވާތްލެއްވިސަބަބެއް މުފައްސިރުން ބަޔާން ކުރައްވާފައިވެއެވެ. އެއީ الحَارِثُ بنُ ضِرَار ކިޔާބޭކަލަކު އެއްކުރައްވާފައިވަ ޒަކާތު ގެ މުދާބަލައި رَسُولُ الله ﷺ ފޮނުއްވައިގެން الوَلِيْد بْنُ عَقَبَة ދިޔައެވެ. މިވަލީދު މަގުގެ ވަކިހިސާބަކަށް ގޮސްފައި ކޮންމެވެސް ބިރުވެރިކަމެއް ހިތަށް ވަދެގެން އޭނާ އެނބުރިއައިސް رَسُولُ الله ﷺ އަށް ދެންނެވީ الحَارِثُ بنُ ضِرَار އޭނާއަށް މުދާނުދީ އަދިމަނާކޮށް އޭނާ މަރަން އުޅުނުކަމަށެވެ. ދެން رَسُولُ الله ﷺ ބަޔަކު ފޮނުއްވައިގެން ބެއްލެވިއިރު އެއީ ބޮޑު ދޮގެއްކަން ރަނގަޅަށް ސާބިތުވެއްޖެއެވެ. އެކަމާއި ގުޅިގެން އެއާޔަތް ބާވާތްލެއްވިއެވެ. އެމުނާސަބަތުގައި އެއާޔަތް ބާވާތްލައްވާފައި ވިޔަސް އާޔަތުގެ حُكُم قِيَامَة އާއިޖެހެންދެން އުއްމަތަށް قَرَارُ ވެ ހަމަޖެހިގެންވެއެވެ. (وَالله أعلم). = فَتْحُ القَدِيْر =

  7. 7

    وَٱعْلَمُوٓا۟ أَنَّ فِيكُمْ رَسُولَ ٱللَّهِ ۚ لَوْ يُطِيعُكُمْ فِى كَثِيرٍ مِّنَ ٱلْأَمْرِ لَعَنِتُّمْ وَلَـٰكِنَّ ٱللَّهَ حَبَّبَ إِلَيْكُمُ ٱلْإِيمَـٰنَ وَزَيَّنَهُۥ فِى قُلُوبِكُمْ وَكَرَّهَ إِلَيْكُمُ ٱلْكُفْرَ وَٱلْفُسُوقَ وَٱلْعِصْيَانَ ۚ أُو۟لَـٰٓئِكَ هُمُ ٱلرَّٰشِدُونَ

    Waʻlamooo ʹanna feekum Rasoolal laah: law yuṭeeʻukum fee kas̤eerim minal ʹamrila ʻanittum wa-laakinnal laaha ḥabbaba ʹilaykumul ʹEemaana wa-zayyanahoo fee q̣uloobikum wa-karraha ʹilaykumul kufra walfusooq̣a walʻiṣyaan: ʹulaaaʹika humur raashidoon;―

    އަދި ކަލޭމެން ދަންނާށެވެ. ހަމަކަށަވަރުން ކަލޭމެންގެތެރޭގައި ﷲ ގެ ރަސޫލާ ވާކަން ކަލޭމެން ދަންނާށެވެ. ގިނަކަންތަކުގައި އެކަލޭގެފާނު ކަލޭމެންނަށް ކިޔަމަންވެ ވަޑައިގެންފިޔާ ކަލޭމެންނަށް އުދަގޫވެ ދަތިވެދާނެއެވެ. އަދިއެހެންނަމަވެސް الله تَعَالى ކަލޭމެންނަށް އީމާންކަން ލޯބިވެތި ކުރުވައިފިއެވެ. އަދިކަލޭމެންގެ ހިތްތަކުގައި އެކަލާނގެ އެކަން ޒީނަތްތެރިކޮށް ދެއްވައިފިއެވެ. އަދި ކަލޭމެންނަށްޓަކައި ކާފަރުކަމާއި ފާސިޤުކަމާއި އަދި އުރެދުން ތެރިކަން އެކަލާނގެ ރުހިވޮޑި ނުގަންނަވައެވެ. ކަނޑައެޅިގެން އެމީހުން އެއީ ތެދުމަގުގައިވާމީހުންނެވެ.

  8. 8

    فَضْلًا مِّنَ ٱللَّهِ وَنِعْمَةً ۚ وَٱللَّهُ عَلِيمٌ حَكِيمٌ

    Faḍlam minal laahi wa-niʻmah; wallaahu ʹAleemun Ḥakeem.

    ﷲ ގެ حَضْرَةُ ންވާ فَضُلُ ވަންތަވެރި ކަމާއި އަދި ނިޢުމަތެއްގެ ގޮތުންނެވެ. އަދި الله އީ ދެނެވޮޑިގެންވާ އަދި حِكمة ވަންތަ ރަސްކަލާނގެއެވެ.

  9. 9

    وَإِن طَآئِفَتَانِ مِنَ ٱلْمُؤْمِنِينَ ٱقْتَتَلُوا۟ فَأَصْلِحُوا۟ بَيْنَهُمَا ۖ فَإِنۢ بَغَتْ إِحْدَىٰهُمَا عَلَى ٱلْأُخْرَىٰ فَقَـٰتِلُوا۟ ٱلَّتِى تَبْغِى حَتَّىٰ تَفِىٓءَ إِلَىٰٓ أَمْرِ ٱللَّهِ ۚ فَإِن فَآءَتْ فَأَصْلِحُوا۟ بَيْنَهُمَا بِٱلْعَدْلِ وَأَقْسِطُوٓا۟ ۖ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ

    Wa-ʹiñ ṭaaaʹifataani minal Muʹminee naq̣tataloo faʹaṣliḥoo baynahumaa: faʹim bag̣at ʹiḥdaahumaa ʻalal ʹukhraa faq̣aatilul latee tabg̣ee ḥattaa tafeeeʹa ʹilaaa ʹamril laah: faʹiñ faaaʹat faʹaṣliḥoo baynahumaa bilʻadli wa-ʹaq̣siṭoo: ʹinnal laaha yuḥibbul Muq̣siṭeen.

    އަދި މުއުމިނުންގެ ދެބައިގަޑެއް އެއްބަޔަކު އަނެއްބަޔަކަށް ހަނގުރާމަކޮށް ތަޅާފޮޅާ ކަމުގައި ވަންޏާ ކަލޭމެން (ދެންތިބި މުއުމިނުން) އެދެމެދު صُلْحَ ކުރުވާށެވެ. ހަމަޖައްސާށެވެ. އަދިއެދެބައިމީހުންކުރެ އެއްބަޔަކު بَغَاوَة ކޮށް އަނެއްބައިގަޑުގެ މައްޗަށް އަރައިގެންފިއްޔާ ފަހެ ކަލޭމެން (إصْلاحُ ކުރާމީހުން) އެމީހުން الله تَعَالى ގެ އަމުރުފުޅަށް (އެކަލާނގެ ޙުކުމް ފުޅަށް) ރުޖޫޢަ ވެއްޖައުމަށްދާންދެން އެ بَغَاوَة ކޮށް އަރައިގަތް ބަޔަކާއި ކަލޭމެން ހަނގުރާމަކުރާށެވެ. ދެންފަހެ އެމީހުން الله تَعَالى ގެ އަމުރުފުޅަށް (އެކަލާނގެ ޙުކުމް ފުޅަށް) رُجُوعَ ވެއްޖެއްޔާ ދެންކަލޭމެން އެދެބައިގަޑުދެމެދު إصْلاحُ ކުރާށެވެ. / ހަމަޖައްސާށެވެ، އަދި ކަލޭމެން ކަންކަމުގައި ސީދާކޮށް ޢަދުލުވެރިވާށެވެ. މިހެނީ ހަމަކަށަވަރުން ޢަދުލުވެރިވާމީހުންނަށް الله تَعَالى ލޯބިވެ ވޮޑިގަންނަވައެވެ.

  10. 10

    إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا۟ بَيْنَ أَخَوَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُرْحَمُونَ

    ʹInnamal Muʹminoona ʹIkhwatuñ faʹaṣliḥoo bayna ʹakhawaykum wattaq̣ul laaha laʻallakum turḥamoon.

    ހަމަކަށަވަރުން މުއުމިނުންނަކީ أَخُ ންނެވެ. (އެއްބަޑު އެއްބަފާމީހުން ފަދަބައެކެވެ.) ފަހެ ކަލޭމެން ކަލޭމެންގެ ދެ أَخُ ންގެ ދެމެދު إصْلاحُ ކުރާށެވެ. / ހަމަޖައްސާށެވެ، އަދި ކަލޭމެން الله އަށް ބިރުވެތިވާށެވެ. އެއީ ކަލޭމެންނަށް رَحْمَة ލައްވައިތޯ އެވެ.

  11. 11

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰٓ أَن يَكُونُوا۟ خَيْرًا مِّنْهُمْ وَلَا نِسَآءٌ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوٓا۟ أَنفُسَكُمْ وَلَا تَنَابَزُوا۟ بِٱلْأَلْقَـٰبِ ۖ بِئْسَ ٱلِٱسْمُ ٱلْفُسُوقُ بَعْدَ ٱلْإِيمَـٰنِ ۚ وَمَن لَّمْ يَتُبْ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ

    Yaaaʹayyuhal laẓeena ʹaamanoo la yaskhar q̣awmum miñ q̣awmin ʻasaaa ʹañy yakoonoo khayram minhum wa-laa nisaaaʹum min nisaaaʹin ʻasaaa ʹañy yakunna khayram minhunn: wa-laa talmizooo ʹañfusakum wa-laa tanaabazoo bilʹalq̣aab: biʹsal ismul fusooq̣u baʻdal ʹeemaan: wa-mal lam yatub faʹulaaaʹika humuz̤̣ z̤̣aalimoon.

    އޭއީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް މަލާމާތް ނުކުރާށެވެ. އެމީހުން (އެބަހީ މަލާމާތްލިބޭމީހުން) އަނެއް މީހުންނަށްވުރެ (އެބަހީ މަލާމާތްކުރާމީހުންނަށްވުރެ) ހެޔޮބަޔަކު ކަމުގައި ވެދާނެއެވެ. އަދި އަންހެނުންވެސް އަންހެނުންނާއި (މަލާމާތް ނުކުރާށެވެ.) އެކަނބަލުންވެދާނެއެވެ. (އެބަހީ މަލާމާތް ލިބޭމީހުން) މިކަނބަލުންނަށްވުރެ ހެޔޮކަމުގައި (އެބަހީ މަލާމާތްކުރާ މީހުންނަށްވުރެ ހެޔޮކަމުގައި) ވެދާނެއެވެ. އަދި ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް عَيْبُ ނުކިޔާށެވެ. އަދި ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް ހުތުރު ލަގަބު ނުކިޔާށެވެ. ހުތުރު ވަނަން ނުކިޔާށެވެ. އެއީ ފާސިޤު ކަމެކެވެ. އީމާންކަމަށްފަހު فَاسِقُ ނުބައި ނަންކިއުން ނުބައިވެގެންވެއެވެ. އަދި ތައުބާ ނުވެއްޖެބަޔަކު ދަންނައެ! ފަހެ ކަނޑައެޅިގެން އެމީހުން އެއީ އަނިޔާވެރިންނެވެ.

  12. 12

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ تَوَّابٌ رَّحِيمٌ

    Yaaaʹayyuhal laẓeena ʹaamanuj taniboo kas̤eeram minaz̤̣ z̤̣ann: ʹinna baʻḍaz̤̣ z̤̣anni ʹis̤muñw Walaa tajassasoo wa-laa yag̣tab baʻḍukum baʻḍaa. ʹA-yuḥibbu ʻaḥadukum ʹañy yaʹkula laḥma ʹakheehi maytañ fakarihtumooh? Wattaq̣ul laah: ʹinnal laaha Tawwaabur Raḥeem.

    އޭއީމާންވެއްޖެ މީސްތަކުންނޭވެ! ގިނަހީކުރުންތަކުން ކަލޭމެން ދުރުވެގަންނާށެވެ! ހަމަކަށަވަރުން ބައެއްހީ އެއީ ފާފައެކެވެ. އަދި ކަލޭމެން ޖާސޫސު ނުކުރާށެވެ! އަދި ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް غِيْبَ ނުކިޔާށެވެ! (މީހާނެތިސް އޭނާ ނުރުހޭވާހަކަ) ނުދައްކާށެވެ! ކަލޭމެންކުރެ އެކަކުވެސް ތިމާގެ އަޚުގެމަސް އޭނާ މަރުވެފައިވަނިކޮށް / މުޅަވެފައިވާ ޙާލު ކެއުމަށް ލޯބިކުރަމުހެއްޔެވެ؟ ފަހެ ކަލޭމެން އެކަމަށް ނުރުހޭނެއެވެ. (މީހާ ނެތްތާގައި އޭނާ ނުރުހޭ ވާހަކަ ދެއްކުމެކޭ އެމީހާމަރުވެފައިވަނިކޮށް އޭނާ ގެމަސްކެއުމެކޭ އެއްފަދައެވެ.) އަދި ކަލޭމެން الله އަށް ބިރުވެތިވާށެވެ! ހަމަކަށަވަރުން الله تَعَالى އީ ގިނަގިނައިން ތައުބާލައްވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  13. 13

    يَـٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَـٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَـٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ

    Yaaaʹayyuhan naasu ʹinnaa khalaq̣naakum miñ ẓakariñw waʹuñs̤aa wa-jaʻalnaakum shuʻoobañw waq̣abaaaʹila litaʻaarafoo. ʹInna ʹakramakum ʻiñdal laahi ʹatq̣aakum. ʹInnal laaha ʻAleemun Khabeer.

    އޭމީސްތަކުންނޭވެ! ހަމަކަށަވަރުން ފިރިހެނަކާއި އަންހެނެއްގެ ފަރާތުން (آدَم عَلَيهِ السَّلآم) އާއި سِتُّنَا حَوَّى ގެފާނުންގެ ފަރާތްޕުޅުން ތިމަންރަސްކަލާނގެ ކަލޭމެން ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެ ކަލޭމެން جَمَاعَة جَمَاعَة އަށާއި قِبِيْلَة قِبِيْلَة އަށް ލެއްވީމެވެ. އެއި ކަލޭމެން (އެކަކުއަނެކަކު) ދެނެގަތުމަށް ޓަކައެވެ. ހަމަކަށަވަރުން ކަލޭމެންކުރެ ﷲ ގެ حَضْرَةُ ގައި އެންމެ މާތްމީހަކީ ކަލޭމެންކުރެ އެންމެ تَقْوَى ވެރިމީހާއެވެ. ހަމަކަށަވަރުން الله އީ ދެނެވޮޑިގެންވާ خبر ކުރައްވާ ކަލާނގެއެވެ.

  14. 14

    ۞ قَالَتِ ٱلْأَعْرَابُ ءَامَنَّا ۖ قُل لَّمْ تُؤْمِنُوا۟ وَلَـٰكِن قُولُوٓا۟ أَسْلَمْنَا وَلَمَّا يَدْخُلِ ٱلْإِيمَـٰنُ فِى قُلُوبِكُمْ ۖ وَإِن تُطِيعُوا۟ ٱللَّهَ وَرَسُولَهُۥ لَا يَلِتْكُم مِّنْ أَعْمَـٰلِكُمْ شَيْـًٔا ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

    Q̣aalatil ʹAʻraabu ʹaamannaa. Q̣ul lam tuʹminoo wa-laakiñ q̣oolooo ʹaslamnaa wa-lammaa yadkhulil ʹeemaanu fee q̣uloobikum. Wa-ʹiñ tuṭeeʻul laaha wa-Rasoolahoo laa- yalitkum min ʹaʻmaalikum shayʹaa: ʹinnal laaha G̣afoorur Raḥeem.

    އަދި أعْرَابِى ންގެމީހުން ބުންޏެވެ. އަހުރެމެން އީމާން ވެއްޖައީމެވެ. (އޭ رَسُولُ الله އެވެ!) ކަލޭގެފާނުވިދާޅުވާށެވެ! އަދި ކަލޭމެންގެ ހިތްތަކަކަށް އީމާނެއްނުވެއެވެ. އަދިއެހެންނަވެސް އަހުރެމެން އިސްލާމު ވެއްޖައީމެވެ. މިހެން ކަލޭމެން ބުނާށެވެ. އަދި މިހާތަނަށް ކަލޭމެންގެ ހިތްތަކަކަށް އީމާންކަން ނުވްދެއެވެ. އަދި ކަލޭމެން الله އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވެއްޖެއްޔާ ކަލޭމެންގެ ޢަމަލުގެ ދަރުމައިން އެއްވެސް އެއްޗެއް ކަލޭމެންނަށް އުނިނުވާނެއެވެ. ހަމަކަށަވަރުން الله އީ ގިނަގިނައިން ފާފަ ފުއްސަވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  15. 15

    إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمْ يَرْتَابُوا۟ وَجَـٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ ۚ أُو۟لَـٰٓئِكَ هُمُ ٱلصَّـٰدِقُونَ

    ʹInnamal Muʹminoonal laẓeena ʹaamanoo billaahi wa-Rasoolihee s̤umma lam yartaaboo wa-jaahadoo biʹamwaalihim wa-ʹañfusihim fee Sabeelil laah: ʹulaaaʹika humuṣ Ṣaadiq̣oon.

    މުއުމިނުންކަމުގައި ވާކަން ކަށަވަރީ އެމީހުން الله އާއި އެކަލާނގެ ރަސޫލާއަށް އީމާންވީމީހުންނެވެ. ދެންއެމީހުން ޝައްކު ނުކުރާ މީހުންނެވެ. ދެން އަދި އެމީހުންގެ މުދަލާއި އެމީހުނގެ ނަފުސުތަކުން ﷲ ގެމަގުގައި އެމީހުން ޖިހާދުކޮށްހެދި މީހުންނެވެ. ކަނޑައެޅިގެން އެމީހުންއެއީ ތެދުވެރީންނެވެ.

  16. 16

    قُلْ أَتُعَلِّمُونَ ٱللَّهَ بِدِينِكُمْ وَٱللَّهُ يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ

    Q̣ul ʹatuʻallimoonal laaha bideenikum? Wallaahu yaʻlamu maa- fis samaawaati wa-maa fil arḍ: wallaahu bikulli shayʹin ʻAleem.

    (އޭ رَسُولُ الله އެވެ!) ކަލޭގެފާނުވިދާޅުވާށެވެ! ކަލޭމެން الله އަށް ކަލޭމެންގެ ދީން އުގަންނައި ދެނީ ހެއްޔެވެ؟ އަދި އުޑުތަކާއި އަދި ބިމުގައި ވާހާ ތަކެތި الله ދެނެވޮޑިގެންވެއެވެ. އަދި الله ހުރިހާއެއްޗެއް ދެނެވޮޑިގެންވެއެވެ.

  17. 17

    يَمُنُّونَ عَلَيْكَ أَنْ أَسْلَمُوا۟ ۖ قُل لَّا تَمُنُّوا۟ عَلَىَّ إِسْلَـٰمَكُم ۖ بَلِ ٱللَّهُ يَمُنُّ عَلَيْكُمْ أَنْ هَدَىٰكُمْ لِلْإِيمَـٰنِ إِن كُنتُمْ صَـٰدِقِينَ

    Yamunnoona ʻalayka ʹan ʹaslamoo. Q̣ul laa- tamunnoo ʻalayya ʹIslaamakum. Balil laahu yamunnu ʻalaykum ʹan hadaakum lil-ʹeemaani ʹiñ kuñtum ṣaadiq̣een.

    (އޭ رَسُولُ الله އެވެ!) އެމީހުން އިސްލާމު ވުން އެއީ އެމީހުން ކަލޭގެފާނަށް ކޮށްދިން ހެޔޮކަމެއްކަމުގައި އެމީހުން ދެކެނީހެއްޔެވެ؟ (އޭ رَسُولُ الله އެވެ!) ކަލޭގެފާނުވިދާޅުވާށެވެ. ކަލޭމެން ކަލޭމެންގެ އިސްލާވުން އެއީ ތިމަންކަލޭގެފާނަށް ކޮށްދިން ހެޔޮކަމެއްކަމުގައި ކަލޭމެން ނުދެކޭށެވެ. އަދިކިއެއްހެއްޔެވެ؟ الله ކަލޭމެންނަށް އީމާންކަމަށް ތެދުމަގު ދެއްކެވުން އެއީ އެކަލާނގެ ކަލޭމެންގެމައްޗަށް ދަރުމަވަންތަވެ ވޮޑިގެންނެވުމެވެ. (އެއީ އެކަލާނގެ ކަލޭމެނަށް ކޮށްދެއްވި ހެޔޮކަމެކެވެ.) ކަލޭމެންނަކީ ތެދުވެރިން ކަމުގައިވަންޏާ (ކަލޭމެން އެގޮތް ޤަބޫލުކުރާށެވެ.)

  18. 18

    إِنَّ ٱللَّهَ يَعْلَمُ غَيْبَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ بَصِيرٌۢ بِمَا تَعْمَلُونَ

    ʹInnal laaha yaʻlamu g̣aybas samaawaati wal-ʹarḍ: wallaahu baṣeerum bimaa taʻmaloon.

    ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާ غيب (ނުފެންނަތަކެތި) الله ދެނެވޮޑިގެންވެއެވެ. އަދި ކަލޭމެންކުރާކަންތަކަށް الله ބައްލަވާވޮޑިގެންވެއެވެ.