-
1
حمٓ
Ḥaa-Meeem.
حم މިއަކުރުތަކުގެމުރާދު މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ.
-
2
تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ
Tañzeelul Kitaabi minal laahil ʻAzeezil Ḥakeem.
މިފޮތްބާވާތްލެއްވުން ވަނީ އެބަހީ މި ކީރިތި قُرْآن ބާވާތްލެއްވުންވަނީ عِزَّة ވަންތަ حِكْمَة ވަންތަ ﷲ ގެ حَضْرَة ންނެވެ.
-
3
مَا خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ وَأَجَلٍ مُّسَمًّى ۚ وَٱلَّذِينَ كَفَرُوا۟ عَمَّآ أُنذِرُوا۟ مُعْرِضُونَ
Maa- khalaq̣nas samaawaati wal-ʹarḍa wa-maa baynahumaaa ʹillaa bilḥaq̣q̣i wa-ʹajalim musammaa: wallaẓeena kafaroo ʻammaaa ʹuñẓiroo muʻriḍoon.
އުޑުތަކާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެއްޗާއި ހަމަ ޙައްޤު ގޮތުގައި މެނުވީ އަދި ކަޑައެޅިގެންވާ މުއްދަތަކަށް މެނުވީ ތިމަން ރަސްކަލާނގެ ނުހައްދަވަމެވެ. އަދި ކާފަރުވީ މީސްތަކުންވަނީ އެމީހުންނަށް ބިރުގެންނެވުނު ކަންތަކަށް ފުރަގަސްދީގެންނެވެ. (އެމީހުންނަށް ބިރުގެންނެވުނު ކަންތަކަކީ އީމާން ނުވިނަމަ ބޮޑުވެގެންވާ ޢަޒާބެއް އަތުވެދާނޭ ކަމުގެ ވާހަކައެވެ.)
-
4
قُلْ أَرَءَيْتُم مَّا تَدْعُونَ مِن دُونِ ٱللَّهِ أَرُونِى مَاذَا خَلَقُوا۟ مِنَ ٱلْأَرْضِ أَمْ لَهُمْ شِرْكٌ فِى ٱلسَّمَـٰوَٰتِ ۖ ٱئْتُونِى بِكِتَـٰبٍ مِّن قَبْلِ هَـٰذَآ أَوْ أَثَـٰرَةٍ مِّنْ عِلْمٍ إِن كُنتُمْ صَـٰدِقِينَ
Q̣ul ʹaraʹaytum maa tadʻoona miñ doonil laahi ʹaroonee maaẓaa khalaq̣oo minal ʹarḍi ʹam lahum shirkuñ fis samaawaat? ʹEetoonee bi-Kitaabim miñ q̣abli haaẓaaa ʹaw ʹas̤aaratim min ʻilmin ʹiñ kuñtum ṣaadiq̣een!
(އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! الله ފިޔަވައި ކަލޭމެން ތިޔަ دُعَاء ކޮށް ގޮވާތަކެއްޗާއިމެދު (ބުދުތަކާއިމެދު) ކަލޭމެން ނިކަން ދެކިބަލާށެވެ. (ޙަބަރުދީބަލާށެވެ!) ބިމުން އެތަކެތި ހެއްދެވި އެއްޗެއް ކަލޭމެން ނިކަން އަހުރެންނަށް ދައްކައިބަލާށެވެ. ނުވަތަ އުޑުތަކުގައި (އުޑުތައް ހެއްދެވުމުގައި) އެތަކެއްޗަށް ބައިވެރިކަމެއްވަނީ ހެއްޔެވެ؟ ކަލޭމެންނަކީ ތެދުވެރިން ކަމުގައި ވަންޏާއި އެކަމުގެމައްޗަށް ދަލީލުކުރާ ފޮތެއް (މި قُرْآن ގެ ކުރީގެ ފޮތްތަކުގެތެރެއިން ނަމަވެސް) ކަލޭމެން އަހުރެންނަށް އެފޮތެއް ގެނެސްދީބަލާށެވެ. ނުވަތަ عِلَمُ ގެތެރެއިން އެއްވެސް އަސަރެއް (ޚަބަރެއް) ގެނެސްދީބަލާށެވެ! (މި قُرْآن ގައި އެވަނީ އެކަލާނގެއަށް އެއްވެސް ޝަރީކަކު ބައިވެރިއަކު ނުވާކަމަށެވެ.)
-
5
وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَـٰمَةِ وَهُمْ عَن دُعَآئِهِمْ غَـٰفِلُونَ
Wa-man ʹaḍallu mimmañy yadʻoo miñ doonil laahi mal laa yastajeebu lahooo ʹilaa Yawmil Q̣iyaamati wa-hum ʻañ duʻaaaʹihim g̣aafiloon?
ޤިޔާމަތް ދުވަހަށް ދާންދެން ވެސް އޭނާއަށް (އޭނާގެ دُعَاء އަށް) އިޖާބަ ނުދޭމީހަކަށް ނުވަތަ އެއްޗަކަށް ﷲ ފިޔަވައި ގޮވާ دُعَاء ކޮށް ހަދާމީހަކަށްވުރެ އަނިޔާވެރިން ބޮޑީ ފަހެ ކާކުހެއްޔެވެ؟ (އެއަށްވުރެބޮޑު އަނިޔާވެރިއަކު ނުވެއެވެ.) އަދި އެތަކެތި ވަނީ އެމީހުން އެގޮވާ ގޮވުމަށް (އޭނާގެ دُعَاء އަށް) غَافِلُ ވެގެން ނެވެ.
-
6
وَإِذَا حُشِرَ ٱلنَّاسُ كَانُوا۟ لَهُمْ أَعْدَآءً وَكَانُوا۟ بِعِبَادَتِهِمْ كَـٰفِرِينَ
Wa-ʹiẓaa ḥushiran naasu kaanoo lahum ʹaʻdaaaʹañw Wakaanoo biʻibaadatihim kaafireen!
އަދި މިސްތަކުން مَحْشَرُ ކުރެވޭދުވަހު އެތަކެތި (އެބުދުތައް) އެމީހުންގެ އެބަހީ (ބުދަށް އަޅުކަން ކުރިމީހުންގެ) ޢަދާވާތްތެރިން ކަމުގައި ވާނެއެވެ. އަދި އެތަކެތި އެތަކެއްޗަށް ކުރެވުނު އަޅުކަމާއިމެދު ދެކޮޅުހަދާނެއެވެ. އިންކާރު ކުރާނެއެވެ.
-
7
وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍ قَالَ ٱلَّذِينَ كَفَرُوا۟ لِلْحَقِّ لَمَّا جَآءَهُمْ هَـٰذَا سِحْرٌ مُّبِينٌ
Wa-ʹiẓaa tutlaa ʻalayhim ʹAayaatunaa Bayyinaatiñ q̣aalal laẓeena kafaroo lil-Ḥaq̣q̣i lammaa jaaaʹahum haaẓaa siḥrum mubeen!
އަދި އެމީހުންގެ މައްޗަށް ބަޔާންވެގެންވާ ތިމަންރަސްކަލާނގެ އާޔަތްތައް ކިޔެވިއްޖެއްޔާ حَقُّ އާއިމެދު (قُرْآن އާއިމެދު) ކާފަރުވީމީހުން ބުނާނެއެވެ. މިއީ ބަޔާންވެގެންވާ سِحْرއެކެވެ.
-
8
أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ إِنِ ٱفْتَرَيْتُهُۥ فَلَا تَمْلِكُونَ لِى مِنَ ٱللَّهِ شَيْـًٔا ۖ هُوَ أَعْلَمُ بِمَا تُفِيضُونَ فِيهِ ۖ كَفَىٰ بِهِۦ شَهِيدًۢا بَيْنِى وَبَيْنَكُمْ ۖ وَهُوَ ٱلْغَفُورُ ٱلرَّحِيمُ
ʹAm yaq̣ooloonaf taraah? Q̣ul ʹinif taraytuhoo falaa tamlikoona lee minal laahi shayʹaa. Huwa ʹaʻlamu bimaa tufeeḍoona feeh! Kafaa bihee Shaheedam baynee wa-baynakum! Wa-Huwal G̣afoorur Raḥeem.
އަދި ނުވަތަ އެމީހުން ބުނަނީއެވެ. އެކަލޭގެފާނު އެކަލާނގެއަށް އެބަހީ (ﷲ އަށް) ދޮގުހެދީ އެވެ. އޭގެޖަވާބުގައި ﷲ އެއަންގަވަނީ (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އަހުރެން އެކަލާނގެއަށް ދޮގުހެދި ކަމުގައި ވަންޏާ އެކަލާނގެ އަހުރެންނަށް ޢަޒާބެއް ފޮނުއްވަންޏާވެސް އެކަން ދިފާޢު ކުރުމަށް ކަލޭމެންނަށް ކުޅަދާނަވެގެން ނުވެއެވެ. އަދި އެ (قُرْآن އާއިމެދު) ކަލޭމެން ދޮގުހެދުމަށް ވަދެގަންނަ މިންވަރު އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. އަހުރެންނާއި ކަލޭމެންނާއި ދެމެދު ހެކިވެރިއަކަށް އެކަލާނގެ ފުދިވޮޑިގެންވެއެވެ. އަދި އެކަލާނގެއީ ގިނަދިނައިން ފާފަ ފުއްސަވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
9
قُلْ مَا كُنتُ بِدْعًا مِّنَ ٱلرُّسُلِ وَمَآ أَدْرِى مَا يُفْعَلُ بِى وَلَا بِكُمْ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ وَمَآ أَنَا۠ إِلَّا نَذِيرٌ مُّبِينٌ
Q̣ul maa- kuñtu bidʻam minar rusuli wa-maaa ʹadree maa- yufʻalu bee wa-laa bikum. ʹIn ʹattabiʻu ʹillaa maa- yooḥaaa ʹilayya wa-maaa ʹana ʹillaa Naẓeerum mubeen.
(އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. ރަސޫލުބޭކަލުންކުރެން އެންމެ ފުރަތަމަ ރަސޫލާކަމުގައި އަހުރެންނުވެއެވެ. އަދި އަހުރެންނާއިމެދު ކަންތައްވާނީ ކިހިނަކުންކަމެއް އަދި ކަލޭމެންނާއިމެދުވެސް (ކަންތައްވާނީ ކިހިނަކުންކަމެއް) އަހުރެންނަކަށް ނޭގެއެވެ. އަހުރެންނަށް ބާވާތްލެއްވޭ وَحِي އަށް މެނުވީ އަހުރެން تَبَعِ ވާކަމުގައި ނުވެއެވެ. ހަމައެކަނި ބަޔާންވެގެންވާ نَذِيْرُ އަކު ކަމުގައި މެނުވީ (ބިރުގަންނަވަނިވިބޭކަލަކު ކަމުގައި މެނުވީ) އަހުރެން ނުވެއެވެ.
-
10
قُلْ أَرَءَيْتُمْ إِن كَانَ مِنْ عِندِ ٱللَّهِ وَكَفَرْتُم بِهِۦ وَشَهِدَ شَاهِدٌ مِّنۢ بَنِىٓ إِسْرَٰٓءِيلَ عَلَىٰ مِثْلِهِۦ فَـَٔامَنَ وَٱسْتَكْبَرْتُمْ ۖ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ
Q̣ul ʹaraaytum ʹiñ kaana min ʻiñdil laahi wa-kafartum̃ bihee wa-shahida shaahidum mim Baneee ʹIsraaaʹeela ʻalaa mis̤lihee faʹaamana wastakbartum? ʹInnal laaha laa- yahdil q̣awmaz̤̣ z̤̣aalimeen.
(އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އެ قُرْآن އެއީ ﷲ ގެ حَضْرَة ންވާ އެއްޗެއްކަމުގައި ވެފައި އަދި ކަލޭމެން އެއަށް ކާފަރު ވެއްޖެއްޔާ އަދި ބަނީ އިސްރާއީލުންގެ މީހަކު ހަމަ އެޔާއެއްގޮތަށް އެބަހީ قُرْآن އެއީ ޙައްޤު ތެދުކަމަށް ހެކިދީފައި ދެންއަދި އެމީހާ قُرْآن އަށް އީމާންވެ އަދި ކަލޭމެން އެ قُرْآن އަށް ބޮޑާވެ كِبْرُ ވެރިވެ އީމާން ނުވިކަމުގައި ވަންޏާ ދެންވާނީ ކިހިނަކުން ހެއްޔެވެ؟ (ކަލޭމެންގެ މައްޗަށް حُجَّة قَائِمُ ވާނީއެވެ.) ހަމަކަށަވަރުން އަނިޔާވެރިންނަށް. الله تعالَى ތެދުމަގު ނުދައްކަވައެވެ.
-
11
وَقَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوا۟ لَوْ كَانَ خَيْرًا مَّا سَبَقُونَآ إِلَيْهِ ۚ وَإِذْ لَمْ يَهْتَدُوا۟ بِهِۦ فَسَيَقُولُونَ هَـٰذَآ إِفْكٌ قَدِيمٌ
Wa-q̣aalal laẓeena kafaroo lillaẓeena ʹaamanoo law kaana khayram maa sabaq̣oonaaa ʹilayh! Wa-ʹiẓ lam yahtadoo bihee fasayaq̣ooloona haaẓaaa ʹifkuñ q̣adeem!
އަދި ކާފަރުވީމީހުން އީމާންވީމީހުންނަށްބުނެއެވެ. އެކަން އެއީ (އެބަހީ مُحمد ގެފާނު ގެންނެވި ނަބީކަމާއި އަދި قُرْآن އެއީ) ހެޔޮކަމެއްނަމަ އެމީހުން އެބަހީ އެނިކަމެތި މުއުމިނުން އެކަމުގައި އަހުރެމެންނަށްވުރެ ކުރީ އިސްނުވީހެވެ. (އެކަމުގައިވެސް ކުރީތިބީހީ އަހުރެމެންނެވެ.) އަދި އެމީހުންނަށް އެކަމަށް ތެދުމަގު ނުލިބުނުހިނދުން ފަހެ ނިކަންހުރެ އެމީހުން ބުނާނެއެވެ. މިއީ އެބަހީ قُرْآن މިއީ އިހުގެ މުސްކުޅި ދޮގުވާހަކައެވެ.
-
12
وَمِن قَبْلِهِۦ كِتَـٰبُ مُوسَىٰٓ إِمَامًا وَرَحْمَةً ۚ وَهَـٰذَا كِتَـٰبٌ مُّصَدِّقٌ لِّسَانًا عَرَبِيًّا لِّيُنذِرَ ٱلَّذِينَ ظَلَمُوا۟ وَبُشْرَىٰ لِلْمُحْسِنِينَ
Wa-miñ q̣ablihee Kitaabu Moosaaa ʹimaamañw Waraḥmah: wa-haaẓaa Kitaabum muṣaddiq̣ul lisaanan ʻArabiyyal liyuñẓiral laẓeena z̤̣alamoo wa-Bushraa lil-Muḥsineen.
އަދި އެފޮތުގެ ކުރީގައި. (އެބަހީ قُرْآن ގެކުރީގައި) مُوسَى عَلَيْهِ السلام ގެފޮތް(އެކަލޭގެފާނަށް ބާވާތްލެއްވި تَورَاة) ވެއެވެ. އެއީ ތަބާވެވޭ އިމާމެއް ކަމުގައްޔާއި އަދި رَحْمَة އެއްކަމުގައެވެ. އަދިމިއީ (މިقُرْآن މިއީ) (مُوسَى عَلَيْهِ السلام ގެފޮތް تَورَاة) ތެދުކުރާޙާލު ސީދާ عِرِب ބަހުން އައިސްފައިވާ ފޮތެކެވެ. އެއީ އަނިޔާވެރިވީ މީސްތަކުންނަށް (މުޝްރިކުންނަށް) ބިރުވެރިކަމުގެ ޚަބަރު ދެއްވުމަށާއި އަދި إحْسَان ތެރިންނަށް އުފާވެރިކަމެއްގެ ގޮތުންނެވެ.
-
13
إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَـٰمُوا۟ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
ʹInnal laẓeena q̣aaloo Rabbunal laahu s̤ummas taq̣aamoo falaa khawfun ʻalayhim wa-laa hum yaḥzanoon.
ހަމަކަށަވަރުން އަހުރެމެންގެ رَبُّ އަކީ الله އޭ މިހެން ބުނެ ދެން އެބަސްމަތީ قَائِم ވެތިބި މީހުން ދަންނައެވެ. ޤިޔާމަތް ދުވަހުން އެމީހުންނަކަށް އެއްވެސް ބިރުވެރިމެއް ނުވެއެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ.
-
14
أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ خَـٰلِدِينَ فِيهَا جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ
ʹUlaaaʹika ʹAṣḥaabul Jannati khaalideena feehaa: jazaaaʹam bimaa kaanoo yaʻmaloon.
އެމީހުންނަކީ ސުވަރުގޭގެ އެކުވެރިންނެވެ. އެމީހުން އެތާ ދެމިތިބޭހުއްޓެވެ. އެއީ އެމީހުން (ދުނިޔޭގައި ތިބިއިރު) ކުރާކަމުގައިވީ ރަނގަޅު ޢަމަލުތަކުގެ ދަރުމައެއްގެ ގޮތުން އެމީހުންނަށް ކަނޑައެޅިގެންވާ نِعْمَة އެވެ.
-
15
وَوَصَّيْنَا ٱلْإِنسَـٰنَ بِوَٰلِدَيْهِ إِحْسَـٰنًا ۖ حَمَلَتْهُ أُمُّهُۥ كُرْهًا وَوَضَعَتْهُ كُرْهًا ۖ وَحَمْلُهُۥ وَفِصَـٰلُهُۥ ثَلَـٰثُونَ شَهْرًا ۚ حَتَّىٰٓ إِذَا بَلَغَ أَشُدَّهُۥ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَـٰلِحًا تَرْضَىٰهُ وَأَصْلِحْ لِى فِى ذُرِّيَّتِىٓ ۖ إِنِّى تُبْتُ إِلَيْكَ وَإِنِّى مِنَ ٱلْمُسْلِمِينَ
Wa-waṣṣaynal ʹiñsaana biwaalidayhi ʹiḥsaanaa: ḥamalathu ʹummuhoo kurhañw wawaḍaʻathu kurhaa. Wa-ḥamluhoo wa-fiṣaaluhoo s̤alaas̤oona shahraa. Ḥattaaa ʹiẓaa balag̣a ʹashuddahoo wa-balag̣a ʹarbaʻeena sanatañ q̣aala Rabbi ʹawziʻneee ʹan ʹashkura niʻmatakal lateee ʹanʻamta ʻalayya wa-ʻalaa waalidayya wa-ʹan ʹaʻmala ṣaaliḥañ tarḍaahu wa-ʹaṣliḥ lee fee ẓurriyyatee. ʹInnee tubtu ʹilayka wa-ʹinnee minal Muslimeen.
އަދި އިނަސާނާ އޭނާގެ މައިން ބަފައިންނާއިމެދު إحْسَان ތެރިވުމަށް / ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ އޭނާއަށް އަމުރު ކުރެއްވީމެވެ. މިހެނީ އޭނާގެމަންމަ އޭނާޔާއިގެން ބަލިވެއިނީ ބުރަކަމާއި އެކު / ނުރުހެވޭ ޙާލުގައެވެ. އަދި އޭނާ އެދަރިފުޅު ވިހެއީވެސް ބުރަކަމާއި އެކު / ނުރުހެވޭ ޙާލުގައެވެ. އަދި އެދަރިފުޅާއިގެން އޭނާބަލިވެ އިނުމާއި އަދި ކިރުދީ ނިންމުމާއި އެއީ މުޅިއެކު ތިރީސް މަސްދުވަހެވެ. އަދި އެދަރިފުގެ ބުއްދި ފުރިހަމަވެ ހަށިގަޑު ގަދައެއްޖައުމަށް ދާންދެން (ބަލަހައްޓައެވެ.) އަދި ސާޅީސް އަހަރުވުމުން އެއިންސާނާ އޭނާގެ رَبُّ އަށް ދަންނަވައެވެ. އޭ އަޅުގެ رَبُّ އެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި އަދި މިއަޅާގެ މައިން ބަފައިންގެ މައްޗަށް އެލެއްވި نِعْمَة އަށް މިއަޅާ ޝުކުރު ކުރާނެގޮތާއި އަދި އެ عَمَلُ އަށް އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صَالِح عَمَلُ ކުރާނެ ގޮތާއި މިއަޅާއަށް އަންގަވައި ދެއްވާދޭވެ. އަދިމިއަޅާގެ ދަރިފަސްކޮޅު މިއަޅާއަށް صُلْح ކޮށް ދެއްވާދޭވެ! ހަމަކަށަވަރުން މިއަޅާ އިބަރަސްކަލާނގެއަށް ތައުބާ ވެއްޖައީމެވެ. އަދި ހަމަކަށަވަރުން މިއަޅާވަނީ މުސްލިމުންގެ ތެރެއިންނެވެ. (ކިޔަމަންތެރިންގެ ތެރެއިންނެވެ.)
-
16
أُو۟لَـٰٓئِكَ ٱلَّذِينَ نَتَقَبَّلُ عَنْهُمْ أَحْسَنَ مَا عَمِلُوا۟ وَنَتَجَاوَزُ عَن سَيِّـَٔاتِهِمْ فِىٓ أَصْحَـٰبِ ٱلْجَنَّةِ ۖ وَعْدَ ٱلصِّدْقِ ٱلَّذِى كَانُوا۟ يُوعَدُونَ
ʹUlaaaʹikal laẓeena nataq̣abbalu ʻanhum ʹaḥsana maa- ʻamiloo wa-natajaawazu ʻañ sayyiʹaatihim feee ʹaṣḥaabil Jannah: waʻdaṣ ṣidq̣il laẓee kaanoo yooʻadoon.
ކަނޑައެޅިގެން އެމީހުން އެއީ އެމީހުންކުރި ރަނގަޅު އަމަލު އެމީހުންގެ ކިބައިން ތިމަންރަސްކަލާނގެ ޤަބޫލު ކުރައްވާނެ މީހުންނެވެ. އަދި އެމީހުންގެ ނުބައިކަންތައްތައް ތިމަން ރަސްކަލާނގެ ފުއްސަވައި عَفُوء ކުރައްވާ ހުރީ މެވެ. އަދި އެމީހުން ވާހުށީ ސުވަރުގޭގެ އެކުވެރިންގެ ތެރޭގައެވެ. އެމީހުންނަށް وَعْدُ ވެވިގެންވާކަމުގައިވި وَعْدُ އެއީ ތެދުވެރި وَعْدُ އެކެވެ. (އެބަހީ ރަސޫލު ބޭބޭކަލުންގެ ދޫފުޅުގެމަތީން އެމީހުންނަށް الله ކުރައްވާފައިވާ وَعْدُ ފުޅު އެއީ ހަމަ ތެދުވެރި وَعْدُ ފުޅެކެވެ.)
-
17
وَٱلَّذِى قَالَ لِوَٰلِدَيْهِ أُفٍّ لَّكُمَآ أَتَعِدَانِنِىٓ أَنْ أُخْرَجَ وَقَدْ خَلَتِ ٱلْقُرُونُ مِن قَبْلِى وَهُمَا يَسْتَغِيثَانِ ٱللَّهَ وَيْلَكَ ءَامِنْ إِنَّ وَعْدَ ٱللَّهِ حَقٌّ فَيَقُولُ مَا هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ
Wallaẓee q̣aala liwaalidayhi ʹuffil lakumaaa ʹataʻidaanineee ʹan ʹukhraja wa-q̣ad khalatil q̣uroonu miñ q̣ablee? Wa-humaa yastag̣ees̤aanil laaha waylaka ʹaamin! ʹInna waʻdal laahi ḥaq̣q̣. Fayaq̣oolu maa- haaẓaaa ʹillaaa ʹasaaṭeerul ʹawwaleen!
(آخِرَة ދުވަހަށް އީމާންނުވާ އަދި މައިން ބަފައިންނަށް ކިޔަމަންތެރިނުވާމީހާ) އޭނާގެ މައިންބަފައިންނަށް ބުނެއެވެ. ތިޔަދެމީހުންނަށް ހުތުރުކަން ހުއްޓެވެ. ތިޔަދެމީހުންގެ ވާހަކައިން އަހުރެންގެ ހިތް ދަތިވެއެވެ. އަހުރެން ކަށްވަޅުން ނެރެވޭނެކަމަށާއި مَحْشَرُ ކުރެވޭނެ ކަމަށް\nތިޔަ ދެމީހުން އަހުރެންނަށް ބިރުވެރި وَعْدُ ކުރަނީ ހެއްޔެވެ؟ އަދި ހަމަކަށަވަރުން އަހުރެންގެކުރިން قَرْنُ ތައް ވޭތިވެގެން ހިގައްޖެއެވެ. (އޭގެތެރެއިން އެކަކުވެސް ނާދެއެވެ. އެމީހުންގެ ކަންތައް އެނިމުނީ އެވެ. އަހުރެންގެ ކަންތައްވެސްވާނީ ހަމައެހެންނެވެ.) އޭނާ އެހެންބުނިނަމަވެސް އެކުއްޖާގެ ބައްޕައާއި މަންމައާއިދެމީހުން އެކުއްޖާ ސަލާމަތްވޭތޯ الله އަށްދަންނަވައި دُعَاء ކުރައްވަނީއެވެ. (އަދި އެދެމީހުން އެކުއްޖާއަށް ބުނެއެވެ.) ކަލެއަށް ހަލާކު ހުއްޓެވެ. ކަލޭ އީމާންވާށެވެ! (الله އަށާއި آخِرَة ދުވަހަށް އީމާންވާށެވެ!) ހަމަކަށަވަރުންﷲ ގެ وَعْدُ ފުޅު އެއީ ހަމަحَقُّ وَعْدُ ފުޅެކެވެ. (މަރުވުމަށްފަހު ދިރުއްވައި مَحْشَرُ ކުރެއްވުމުގެ وَعْدُ ފުޅު އެއީ ހަމަحَقُّ وَعْدُ ފުޅެކެވެ.) ފަހެ އެކުއްޖާބުނެއެވެ. އިސްވެދިޔަމީހުން ދައްކާފައިވާ ތާކުންތާކު ނުޖެހޭ ދޮގުވާހަކަތަކެއްކަމުގައި މެނުވީ ތިޔަވާހަކަތައްނުވެއެވެ.
-
18
أُو۟لَـٰٓئِكَ ٱلَّذِينَ حَقَّ عَلَيْهِمُ ٱلْقَوْلُ فِىٓ أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ ٱلْجِنِّ وَٱلْإِنسِ ۖ إِنَّهُمْ كَانُوا۟ خَـٰسِرِينَ
ʹUlaaaʹikal laẓeena ḥaq̣q̣a ʻalayhimul Q̣awlu feee ʹumamiñ q̣ad khalat miñ q̣ablihim minal jinni wal-ʹiñs: ʹinnahum kaanoo khaasireen.
އެފަދަ އެފަދަ މީހުންއެއީ އެމީހުންގެ މައްޗަށް ކޯފާގެ ބަސްފުޅު حَقُّ ވެއްޖެމީހުންނެވެ. އަދި އެމީހުންވަނީ ޖިންނީންނާއި އިންސާނުންގެތެރެއިން އިސްވެދިޔަ (ކާފަރު) އުއްމަތްތަކުގެތެރޭގައި އެމީހުންނާއިގުނިފައެވެ. ހަމަކަށަވަރުން އެމީހުންވީ ގެއްލިހަލާކުވީމީހުންގެތެރެއިން ނެވެ.
-
19
وَلِكُلٍّ دَرَجَـٰتٌ مِّمَّا عَمِلُوا۟ ۖ وَلِيُوَفِّيَهُمْ أَعْمَـٰلَهُمْ وَهُمْ لَا يُظْلَمُونَ
Wa-likulliñ darajaatum mimmaa ʻamiloo, wa-liyuwaf-fiyahum ʹaʻmaalahum Wahum laa- yuz̤̣lamoon.
އަދި ކޮންމެބަޔަކަށްވެސް އެބަޔަކު ކުރި عَمَلُ ގެ ދަރަޖަތަކެއްވެއެވެ. އަދި އެމީހުންނަށް އެމީހުންގެ ޢަމަލުގެ ޖަޒާ قِيَامَة ދުވަހުން ބަރާބަރަށް ދެއްވޭހުއްޓެވެ. އަދި އެމީހުންނަށް އަނިޔާ ނުވެވޭހުއްޓެވެ.
-
20
وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَذْهَبْتُمْ طَيِّبَـٰتِكُمْ فِى حَيَاتِكُمُ ٱلدُّنْيَا وَٱسْتَمْتَعْتُم بِهَا فَٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَسْتَكْبِرُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَبِمَا كُنتُمْ تَفْسُقُونَ
Wa-Yawma yuʻraḍul laẓeena kafaroo ʻalan Naar. ʹAẓhabtum ṭayyibaatikum fee ḥayaatikumud dunyaa wastamtaʻtum̃ bihaa: fal-Yawma tujzawna ʻaẓaabal hooni bimaa kuñtum tastakbiroona fil ʹarḍi big̣ayril ḥaq̣q̣i wa-bimaa kuñtum tafsuq̣oon.
އަދި ކާފަރުވީމީސްތަކުން ނަރަކައަށް ހުށައަޅައިލެވޭދުވަސް (ހަދުމަފުޅު ކުރައްވާށެވެ.) (އެދުވަހުން އެމީހުންނަށް އެންގޭނެއެވެ.) ކަލޭމެން ކަލޭމެންގެ ދުނިޔޭގެ ޙަޔާތުގެ ރަނގަޅު ބައި ކަލޭމެން ގެއްލުވައިލައިފީމުއެވެ. އަދި ކަލޭމެން އެދުނިޔޭގައި މަޖާކޮށް އަރާމު ލިބިގެންފީމުއެވެ. ފަހެ މިއަދު މި ކަލޭމެންނަށް ޖަޒާދެވޭނެއެވެ. އެޖަޒާއަކީ އެއްވެސް حَقُّ އެއްނެތި ކަލޭމެން ބިމުގައި ބޮޑާވެ ކިބުރުވެރިވީކަމުގެ ސަބަބުން ނާއި އަދި ކަލޭމެން ފާސިޤުވުމުގެ ސަބަބުންނެވެ. އެބަހީ ﷲ ގެ ކިޔަމަނުން ނުކުތުމުގެ ސަބަބުން އިހާނާތްތެރިވެގެންވާ عَذَابُ ގެ ޖަޒާއެވެ.
-
21
۞ وَٱذْكُرْ أَخَا عَادٍ إِذْ أَنذَرَ قَوْمَهُۥ بِٱلْأَحْقَافِ وَقَدْ خَلَتِ ٱلنُّذُرُ مِنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦٓ أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ
Waẓkur ʹAkhaa ʻAad: ʹIẓ ʹañẓara q̣awmahoo bil-ʹAḤQ̣AAFI wa-q̣ad khalatin nuẓuru mim bayni yadayhi wa-min khalfiheee ʹallaa taʻbudooo ʹillal laah: ʹinneee ʹakhaafu ʻalaykum ʻaẓaaba Yawmin ʻaz̤̣eem.
(އޭ رَسُولُ الله އެވެ!) އަދިކަލޭގެފާނުން ކަލޭގެފާނުންގެ ޤައުމުގެ މީހުންނަށް عَاد ބާގައިގެމީހުންގެ أخُ (هُودُ عَلَيْه السَّلآم) ގެ ވާހަކަ ހަދާންކޮށްދެއްވާށެވެ! އެއީ أَحْقَافُ އެވެކިއުނު ތާގައި އެކަލޭގެފާނުން އެކަލޭގެފާނުންގެ قَوم އަށް އިންޒާރު ކުރެއްވި ހިނދު އެވެ. أَحْقَافُ އެއީ އެ قَوم ގެ މީހުން އުޅުނުތަނެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނުންގެ ކުރިން ނާއި އަދި އެކަލޭގެފާނުން ފަހުންވެސް نَذِيْرُ ންތައް އެބަހީ (رَسُولُ ބޭކަލުންތައް) އިސްގޮސްފައިވެއެވެ. ވަޑައިގެންފާވެއެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ. އެބަހީ (هُودُ عَلَيْه السَّلآم ވިދާޅުވިއެވެ.) ކަލޭމެން الله އަށްމެނުވީ އަޅުކަން ނުކުރާށެވެ. ހަމަކަށަވަރުން ކަލޭމެންގެ މައްޗަށް ބޮޑުވެގެންވާ ދުވަހެއްގެ عَذَاب އަތުވެދާނޭކަމަށް އަހުރެން ބިރުގަންނަމެވެ.
-
22
قَالُوٓا۟ أَجِئْتَنَا لِتَأْفِكَنَا عَنْ ءَالِهَتِنَا فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ
Q̣aalooo ʹajiʹtanaa litaʹfikanaa ʻan ʹaalihatinaa? Faʹtinaa bimaa taʻidunaaa ʹiñ kuñta minaṣ ṣaadiq̣een!
އެމީހުން ދެންނެވިއެވެ. ކަލޭގެފާނު އަހުރެމެންގެ ގާތަށް ތިޔަވަޑައިގެންނެވީ އަހުރެމެން އަހުރެމެންގެ إله ން ތަކުގެ ކިބައިން އަނބުރައިލެއްވުމަށްތޯއެވެ؟ (ނުވަތަ މަނާކުރެއްވުމަށްތޯއެވެ؟) ކަލޭގެފާނަކީ ތެދުވެރިންގެ ތެރެއިންވާ ބޭކަލަކު ކަމުގައި ވަންޏާ ކަލޭގެފާނު އަހުރެމެންނަށް ތިޔަ وَعد ކުރައްވާ އެތި (އެ عَذَاب) އަހުރެމެންގެމައްޗަށް ގެނެސްދެއްވާށެވެ!
-
23
قَالَ إِنَّمَا ٱلْعِلْمُ عِندَ ٱللَّهِ وَأُبَلِّغُكُم مَّآ أُرْسِلْتُ بِهِۦ وَلَـٰكِنِّىٓ أَرَىٰكُمْ قَوْمًا تَجْهَلُونَ
Q̣aala ʹinnamal ʻilmu ʻiñdal laah: wa-ʹuballig̣ukum maaa ʹursiltu bihee wa-laakinneee ʹaraakum q̣awmañ tajhaloon!
އެކަލޭގެފާނު ވިދާވިއެވެ. އެކަމުގެ އެނގުންވަނީ (އެ عَذَاب) އަންނަނާނެވަގުތެއްގެ އެނގުންވަނީ ﷲ ގެ حَضْرَة ގައެވެ. އަދި ތިމަން ކަލޭގެފާނު އެކަމަކާއިގެން ކަލޭމެންގެގާތަށް ފޮނުއްވުނު ކަންތައް ކަލޭމެނަށް އިއްވައި ދެނީއެވެ. އަދި އެހެނެއްކަމަކު އަހުރެން ކަލޭމެންނާމެދު ދެކެނީ ކަލޭމެންނަކީ ޖާހިލުވާ ބަޔަކު ކަމުގައެވެ.
-
24
فَلَمَّا رَأَوْهُ عَارِضًا مُّسْتَقْبِلَ أَوْدِيَتِهِمْ قَالُوا۟ هَـٰذَا عَارِضٌ مُّمْطِرُنَا ۚ بَلْ هُوَ مَا ٱسْتَعْجَلْتُم بِهِۦ ۖ رِيحٌ فِيهَا عَذَابٌ أَلِيمٌ
falammaa raʹawhu ʻaariḍam mustaq̣bila ʹawdiyatihim q̣aaloo haaẓaa ʻaariḍum mumṭirunaa! Bal huwa mas taʻjaltum̃ bih! reeḥuñ feehaa ʻAẓaabun ʹaleem!
ދެން ފަހެ އެމީހުން (އެ عذاب) ދުއްހިދުން އެއީ އެމީހުންގެ ވާދީތަކާއި ދިމާލަށް ކުރިމަތިލައި އަންނަ ވިލާގަޑެކެވެ. (އެމީހުންނަށް عذاب އައީ ވިލާގަޑެއްގެ ސިފައިގައެވެ.) އެމީހުން ބުންޏެވެ. މިއީ އަހުރެމެންނަށް ވާރޭފެން ވެއްސާނެ ވިލާގަޑެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަމަވެސް ކަންނިމިފައިވަނީ އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ. އެއީ ކަލޭމެން އެއެއްޗެއް އަވަސްކުރުމަށް އެދުނު އެއްޗެވެ. عذاب އެވެ. އެއީ އޭގައި ވޭންދެނި عذاب އެކުލެވިގެންވާވަޔެކެވެ.
-
25
تُدَمِّرُ كُلَّ شَىْءٍۭ بِأَمْرِ رَبِّهَا فَأَصْبَحُوا۟ لَا يُرَىٰٓ إِلَّا مَسَـٰكِنُهُمْ ۚ كَذَٰلِكَ نَجْزِى ٱلْقَوْمَ ٱلْمُجْرِمِينَ
Tudammiru kulla shayʹim biʹamri Rabbihaa faʹaṣbaḥoo laa- yuraaa ʹillaa masaakinuhum! Kaẓaalika najzil q̣awmal mujrimeen!
(އެވައި) އެބަހީ ޢާދު ބާގައިގެމީހުނގެ މައްޗަށް ޖެހުނުވައި އެވައިގެ ވެރި رَبُّ ގެ އަމުރުފުޅަށް ކޮންމެއެއްޗެއް ހަލާކުކޮށް ބަރުބާދު ކޮށްލައެވެ. = ފަހެ އެމީހުން އުޅުނު ގޯތި ގެދޮރުނޫނީ ނުފެނެވޭ ބަޔަކު ކަމުގައި އެމީހުން ވެއްޖެއެވެ. (އެބަހީ ގޯތިގެދޮރުތައް ބަހައްޓާފައި އެމީހުން މަރުވެ ދިޔައީއެވެ.) ނުބައި ނުލަފާމީހުންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. (މިވާހަކަ ބައެއްސޫރަތުގައި ވަރަށްتَفْصِيْلُ ކޮށްބަޔާންވެގެންވެއެވެ.)
-
26
وَلَقَدْ مَكَّنَّـٰهُمْ فِيمَآ إِن مَّكَّنَّـٰكُمْ فِيهِ وَجَعَلْنَا لَهُمْ سَمْعًا وَأَبْصَـٰرًا وَأَفْـِٔدَةً فَمَآ أَغْنَىٰ عَنْهُمْ سَمْعُهُمْ وَلَآ أَبْصَـٰرُهُمْ وَلَآ أَفْـِٔدَتُهُم مِّن شَىْءٍ إِذْ كَانُوا۟ يَجْحَدُونَ بِـَٔايَـٰتِ ٱللَّهِ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ
Wa-laq̣ad makkannaahum feemaaa ʹim makkannaakum feehi wa-jaʻalnaa lahum samʻañw waʹabṣaarañw waʹafʹidah: famaaa ʹag̣naa ʻanhum samʻuhum wa-laaa ʹabṣaaruhum wa-laaa ʹafʹidatuhum miñ shayʹin ʹiẓ kaanoo yajḥadoona biʹAayaatil laahi wa-ḥaaq̣a bihim maa kaanoo bihee yastahziʹoon!
އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންނަށް އެބަހީ عَادُ ބާގައިގެމީހުންނަށް އެކަންކަމުގައި ކަލޭމެން قُرَيْش ންނަށްވެސް ހަމަޖައްސަވައި ދެއްވި ކަންކަމުގައި ހަމަޖައްސަވައި تَمْكِيْنُ ކޮށް ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެމީހުނަށް އިވުމާއި ފެނުމާއި އަދި ހިތް ލެއްވީމެވެ. ދެން ފަހެ އެމީހުން ﷲ ގެ އާޔަތްތަކަށް ދެކޮޅުހަދައި ޤަބޫލު ނުކުރި ހިދުން އެމީހުންނަކަށް އެމީހުންގެ އިވުމަކުން އަދި އެމީހުންގެ ފެނުމަކުންވިޔަސް އަދި އެމީހުންގެ ހިތަކުން ވިޔަސް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. އަދި އެމީހުން އެކަންކަމާއިމެދު މަލާމާތްކޮށް ފުރައްސާރަ ކުރިކަންތައް އެމީހުން ވަށާލައިފިއެވެ. އެބަހީ އެމީހުންނަށް عذاب އައިސް އެމީހުން ހަލާކުވެދިޔައީއެވެ.
-
27
وَلَقَدْ أَهْلَكْنَا مَا حَوْلَكُم مِّنَ ٱلْقُرَىٰ وَصَرَّفْنَا ٱلْـَٔايَـٰتِ لَعَلَّهُمْ يَرْجِعُونَ
Wa-laq̣ad ʹahlaknaa maa- ḥawlakum minal q̣uraa wa-ṣarrafnal ʹAayaati laʻallahum yarjiʻoon.
އަދި ހަމަކަށަވަރުން ރަށްތަކުގެތެރެއިން ކަލޭމެންގެ ވަށައިގެންވާ ތަންތަން ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީމެވެ. އަދި އާޔަތްތައް އެބަހީ (ދަލީލުތައް) ތަފާތު ކުރައްވައި ތިމަންރަސްކަލާނގެ އެގޮތްމިގޮތަށް ބަދަލުކުރެއްވީމެވެ. އެއީ އެމީހުން (ކާފަރުކަން ދޫކޮށް ހެޔޮމަގަށް) އެނބުރި އާދޭތޯއެވެ.
-
28
فَلَوْلَا نَصَرَهُمُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ قُرْبَانًا ءَالِهَةًۢ ۖ بَلْ ضَلُّوا۟ عَنْهُمْ ۚ وَذَٰلِكَ إِفْكُهُمْ وَمَا كَانُوا۟ يَفْتَرُونَ
Falawlaa naṣarahumul laẓeenat takhaẓoo miñ doonil laahi q̣urbaanan ʹaalihah? Bal ḍalloo ʻanhum: wa-ẓaalika ʹifkuhum wa-maa kaanoo yaftaroon.
الله އާއި ގާތްކޮށްދީ ކުއްތަން ކޮށްދޭ إله ން ތަކެއްކަމުގައި الله ފިޔަވައި އެމީހުން ހިފާ إخْتِيَارُ ކުރި ތަކެތި (އެބުދުތައް) އެމީހުންނަށް نصر ދިންނަމައެވެ. އަދި ކިޔެއްހެއްޔެވެ، އެމީހުންގެ ކިބައިން އެތަކެތި ގެއްލުނީއެވެ. އެބަހީ ޤިޔާމަތްދުވަހުން އެމީހުންނަށް އެތަކެތި ގެއްލޭނެއެވެ. އެއީ އެމީހުން ހެދި ދޮގެވެ. އަދި އެއީ އެމީހުން ދޮގުހަދާކަމުގައިވީތަކެއްޗެވެ.
-
29
وَإِذْ صَرَفْنَآ إِلَيْكَ نَفَرًا مِّنَ ٱلْجِنِّ يَسْتَمِعُونَ ٱلْقُرْءَانَ فَلَمَّا حَضَرُوهُ قَالُوٓا۟ أَنصِتُوا۟ ۖ فَلَمَّا قُضِىَ وَلَّوْا۟ إِلَىٰ قَوْمِهِم مُّنذِرِينَ
Wa-ʹiẓ ṣarafnaaa ʹilayka nafaram minal Jinni yastamiʻoonal Q̣urʹaan. Falammaa ḥaḍaroohu q̣aalooo ʹañṣitoo! Falammaa q̣uḍiya wallaw ʹilaa q̣awmihim muñẓireen.
އަދި ތިމަން ރަސްކަލާނގެ ކަލޭގެފާނާއި ދިމާލަށް ޖިންނީންގެ ބައިގަޑެއް އަނބުރުއްވައި ލެއްވީމެވެ. ފޮނުއްވީމެވެ. އެއީ އެބައިމީހުން قُرْآن އަޑުއެހުމަށެވެ. ދެންފަހެ އެމީހުން އެކަލޭގެފާނުންގެ އަރިހަށް އާދެވުނުހިނދުން (އެމީހުން އެމީހުންނަށް) އެމީހުން ބުންޏެވެ. ކަލޭމެންނޭވެ. ހަނުހިމޭނުން އަހަންތިބޭށެވެ. (ދެން އެމީހުން އެކަލޭގެފާނު ކިޔަވާވިދާޅުވާއަޑުފުޅު އެހުމަށް ތިބެއްޖައޫއެވެ.) ދެންފަހެ އެކަލޭގެފާނުން ކިޔަވާ ވިދާޅުވުން ނިމުނުހިނދުން (قَومُ ގެމީހުންނަށް) އިންޒާރު ކުރާޙާލު އެމީހުން އެމީހުންގެ قَومُ އަށް އެނބުރި ހިގައްޖެއެވެ.
-
30
قَالُوا۟ يَـٰقَوْمَنَآ إِنَّا سَمِعْنَا كِتَـٰبًا أُنزِلَ مِنۢ بَعْدِ مُوسَىٰ مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِىٓ إِلَى ٱلْحَقِّ وَإِلَىٰ طَرِيقٍ مُّسْتَقِيمٍ
Q̣aaloo yaa-q̣awmanaaa ʹinnaa samiʻnaa Kitaaban ʹuñzila mim baʻdi Moosaa muṣaddiq̣al limaa bayna yadayhi yahdeee ʹilal Ḥaq̣q̣i wa-ʹilaa Ṭareeq̣im Mustaq̣eem.
އެމީހުން ބުންޏެވެ. އޭ އަހުރެމެންގެ قَومُ ގެމީހުންނޭވެ. ހަމަކަށަވަރުން އަހުރެމެން ފޮތެއްގެވާހަކަ އަހައިފީމެވެ. އެފޮތަކީ مُوسى عَليه السلام އަށްފަހު ބާވާތްލެއްވުނު ފޮތެކެވެ. އެފޮތުގެ ކުރީގެފޮތް ތައްވެސް ތެދުކުރާޙާލު ބާވާތްލެއްވުނު ފޮތެކެވެ. އެފޮތް މަގުދައްކަނީ ހަމަ ސީދާ حًقُّ އަށެވެ. އަދި ސީދާ ތެދުމަގަށެވެ.
-
31
يَـٰقَوْمَنَآ أَجِيبُوا۟ دَاعِىَ ٱللَّهِ وَءَامِنُوا۟ بِهِۦ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍ
Yaa-q̣awmanaaa ʹajeeboo Daaʻiyal laahi wa-ʹaaminoo bihee yag̣fir lakum miñ ẓunoobikum wa-yujirkum min ʻAẓaabin ʹaleem.
އޭއަހުރެމެންގެ قَومُ ގެމީހުންނޭވެ. ﷲ ގެފަރާތަށް އެގޮވައިލައްވާ ކަލޭގެފާނަށް ކަލޭ މެން އިޖާބަ ދޭށެވެ. އަދި އެކަލޭގެފާނަށް އީމާންވާށެވެ. އޭރުން ކަލޭމެންގެ ފާފައިތެރެއި އެކަލާނގެ ފުއްސަވާ ހުއްޓެވެ. އަދި ވޭންދެނިވި عَذَاب ން އެކަލާނގެ ކަލޭމެން ސަލާމަތްކުރައްވާނެއެވެ.
-
32
وَمَن لَّا يُجِبْ دَاعِىَ ٱللَّهِ فَلَيْسَ بِمُعْجِزٍ فِى ٱلْأَرْضِ وَلَيْسَ لَهُۥ مِن دُونِهِۦٓ أَوْلِيَآءُ ۚ أُو۟لَـٰٓئِكَ فِى ضَلَـٰلٍ مُّبِينٍ
Wa-mal laa yujib Daaʻiyal laahi falaysa bimuʻjiziñ fil ʹarḍi wa-laysa lahoo miñ dooniheee ʹawliyaaaʹ: ʹulaaaʹika fee ḍalaalim mubeen.
އަދި ﷲ ގެފަރާތަށް އެގޮވައިލައްވާ ކަލޭގެފާނަށް އިޖާބަނުދިންމީހާ (ދަންނައެވެ.) ފަހެ ބިމުގައި ނުކުޅައްދައިލެވޭނެ މީހަކުކަމުގައި އޭނާނުވެއެވެ. އަދި އެކަލާނގެ ފިޔަވައި އެހެން އެއްވެސް ސަހަރޯވެރިއަކު އޭނާއަކަށްނުވެއެވެ. އެފަދަމީހުން އެވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގައެވެ.
-
33
أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَلَمْ يَعْىَ بِخَلْقِهِنَّ بِقَـٰدِرٍ عَلَىٰٓ أَن يُحْـِۧىَ ٱلْمَوْتَىٰ ۚ بَلَىٰٓ إِنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ
ʹAwalam yaraw ʹannal laahal laẓee khalaq̣as samaawaati wal-ʹarḍa wa-lam yaʻya bikhalq̣ihinna biq̣aadirin ʻalaaa ʹañy yuḥyiyal mawtaa? Balaaa ʹinnahoo ʻalaa kulli shayʹiñ Q̣adeer.
ހަމަކަށަވަރުން އުޑުތަކާއި ބިންހެއްދެވީ الله تَعَالى ކަން އެމީހުންނަށްފަހެ ނޭގެނީބާވައެވެ. އަދި އެތަކެތި ހެއްދެވުމުގައި އެއްވެސް ނުކުޅެދުންތެރިކަމެއްއަދި ނުވަތަ ވަރުބަލިފުޅު ވުމެއް އެކަލާނގެއަށްނުވެއެވެ. މިހެން މިކަން ކަން ހުރިއިރު މަރުވެފައިވާތަކެތި ދިރުއްވުމުގެމައްޗަށް ވެސް އެކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވެއެވެ. އަދިކިއެއްހެއްޔެވެ؟ އެކަލާނގެއީ ކޮންމެކަމެއްގެމައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާކަލާނގެއެވެ.
-
34
وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَلَيْسَ هَـٰذَا بِٱلْحَقِّ ۖ قَالُوا۟ بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ
Wa-Yawma yuʻraḍul laẓeena kafaroo ʻalan Naar; ʹalaysa haaẓaa bil-Ḥaq̣q̣? Q̣aaloo balaa wa-Rabbinaa! Q̣aala faẓooq̣ul ʻaẓaaba bimaa kuñtum takfuroon!
އަދި ކާފަރުވީ މީސްތަކުން ނަރަކައަށް ހުށައެޅޭދުވަސް (ހަނދުމަފުޅު ކުރައްވާށެވެ!) (އެމީހުންނަށް އެންގެވޭނެއެވެ.) އަޅެފަހެ މިއީ ހަމަ حَقُّ ކަމުގައި ނުވޭހެއްޔެވެ؟ އެކާފަރުން ދަންނަވާނެއެވެ. އާދޭހެވެ. އަޅަމެންގެ رَبُّ ގަންދީ ދަންނަވަމެވެ. ތިޔައީ ހަމަ حَقُّ އެވެ. އެކަލާނގެ وَحِي ކުރައްވާނެއެވެ. ފަހެ ކަލޭމެން ކާފަރުވާކަމުގެ ސަބަބުން އެހެންވެ ކަލޭމެން عَذَابُ ގެ ރަހަލިބިގަންނާށެވެ.
-
35
فَٱصْبِرْ كَمَا صَبَرَ أُو۟لُوا۟ ٱلْعَزْمِ مِنَ ٱلرُّسُلِ وَلَا تَسْتَعْجِل لَّهُمْ ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوٓا۟ إِلَّا سَاعَةً مِّن نَّهَارٍۭ ۚ بَلَـٰغٌ ۚ فَهَلْ يُهْلَكُ إِلَّا ٱلْقَوْمُ ٱلْفَـٰسِقُونَ
Faṣbir kamaa ṣabara ʹulul ʻazmi minar rusuli wa-laa tastaʻjil lahum. Kaʹannahum Yawma yarawna maa- yooʻadoona lam yalbas̤ooo ʹillaa saaʻatam min nahaar. Balaag̣uñ fahal yuhlaku ʹillal q̣awmul faasiq̣oon.
(އޭ رَسُولُ الله އެވެ!) ރަސޫލުބޭކަލުންކުރެ ހިތްވަރުފުޅުގަދަ عَزْمُ ވަރުގަދަބޭކަލުން ކެތްތެރިވެވަޑައިގެންނެވިފަދައިން ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! އަދި އެމީހުންގެ މައްޗަށް އަވަސްވެވަޑައި ނުގަންނަވާށެވެ. (އެބަހީ އެކާފަރުންނަށް ޢަޒާބު އައުމަށް އަވަސްވެވަޑައި ނުގަންނަވާށެވެ!) އެމީހުންނަށް وَعْدُ ވެވުނުކަންތައް (އެ عَذَابُ) އެމީހުން ދެކޭ ދުވަހުން އެމީހުން ކޮންފަދަ ހެއްޔެވެ؟ އެމީހުން ނަށް ހީވާނީދުވާލެއްގެ ހިނދުކޮޅެއްގައިމެނުވީ އެމީހުން (ދުނިޔޭގައި) ލަސްވެނުތިބޭކަމުގައެވެ. ދެންފަހެ އިސްދިޔަ މިވާކަތަކަކީ އިއްވައިދިނުމެކެވެ. މީސްތަކުންނަށް وَعْظُ نَصِيْحَة އިއްވައިދިނުމެކެވެ. ފަހެ ފާސިޤު ބަޔަކުމެނުވީ. (ﷲ ގެކިޔަމަނުން ނުކުތްބަޔަކުމެނުވީ) ހަލާކުވާނޭ ހެއްޔެވެ؟ އެބަހީ. ﷲ ގެކިޔަމަނުން ނުކުތްބަޔަކުމެނުވީ ހަލާކު ނުވާނެއެވެ.