Back to Quran

ޖުޒްއު

Juz 25

41:47 ... 45:37 · 246 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

  1. Surah FussilatBegins here at 41:47

  2. 41:47

    ۞ إِلَيْهِ يُرَدُّ عِلْمُ ٱلسَّاعَةِ ۚ وَمَا تَخْرُجُ مِن ثَمَرَٰتٍ مِّنْ أَكْمَامِهَا وَمَا تَحْمِلُ مِنْ أُنثَىٰ وَلَا تَضَعُ إِلَّا بِعِلْمِهِۦ ۚ وَيَوْمَ يُنَادِيهِمْ أَيْنَ شُرَكَآءِى قَالُوٓا۟ ءَاذَنَّـٰكَ مَا مِنَّا مِن شَهِيدٍ

    ʹIlayhi yuraddu ʻilmus Saaʻah: wa-maa takhruju miñ s̤amaraatim min ʹakmaamihaa wa-maa taḥmilu min ʹuñs̤aa wa-laa taḍaʻu ʹillaa biʻilmih. Wa-Yawma yunaadeehim ʹayna shurakaaaʹee q̣aalooo ʹaaẓannaaka maa- minnaa miñ shaheed!

    قيامة ދުވަހާ ބެހޭ އެންމެހައި އެނގުމެއް ރައްދުވެގެން ވަނީ ހަމައެކަނި އެކަލާނގެ حضرة އަށެވެ. އެކަމާ ބެހޭ އެއްވެސް އެނގުމެއް އެހެން އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެއީ علم الغيب ގެ ތެރޭ ހިމެނޭ ކަންކަމުގެ ތެރެއިން އެއް ކަމެވެ. އަދި ގަސްގަހުގެ މޭވާ ގޮފިގަނޑުގެ ތެރެއިން / ފުޅަފީގެ ނުވަތަ އެތުގެ ތެރެއިން މޭވާއެއް ވިޔަސް އަދި މާބަނޑު ތަކެތީގެ ބަނޑުގައިވާ ދަރިއެއް ވިޔަސް އަދި ދަރިޔަކު ވިހެޔަސް މިއިން އެއްވެސް ކަމެއް ﷲ ގެ ދެނެވޮޑިގަތުމާއެކު މެނުވީ ނުހިނގައެވެ.\nފަހެ މި ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ މަތިވެރި ކަލާނގެއާއި، އެހެން ތަކެއްޗާ ޝަރީކު ކުރާ މީހުންނަށް ގޮވޭނޭ ދުވަސް ހަނދާންކުރާށެވެ. އެމީހުންނާ مخاطب ކުރައްވައި ﷲ އަންގަވާނެއެވެ. ދުނިޔޭގައި ތިޔަބައިމީހުން ތިމަން ރަސްކަލާނގެއާ شريك ކޮށް އުޅުނު شريك ންތައް ފަހެ ކޮބައިހެއްޔެވެ؟ އޭގެ جواب ގައި އެމީހުން ދަންނަވާނެއެވެ. އިބަރަސްކަލާނގެއަށް شريك އަކު ވާކަމުގައި ހެކިދޭނޭ އެކަކުވެސް ނުވާ ކަމަށް އަޅަމެން އިބަރަސްކަލާނގެއަށް إعلان ކޮށް ދަންނަވަމެވެ.

  3. 41:48

    وَضَلَّ عَنْهُم مَّا كَانُوا۟ يَدْعُونَ مِن قَبْلُ ۖ وَظَنُّوا۟ مَا لَهُم مِّن مَّحِيصٍ

    Wa-ḍalla ʻanhum maa kaanoo yadʻoona miñ q̣ablu waz̤̣annoo maa- lahum mim maḥeeṣ.

    އަދި މީގެ ކުރީ، އެބަހީ އެބައިމީހުން ދުނިޔޭގައި އުޅުނުއިރު (ﷲ ފިޔަވައި) ގޮވައި، دعاء ކޮށް އުޅުނު އެންމެހައި ތަކެތި އެމީހުންގެ ކިބައިން ގެއްލިގެން ދިޔައީއެވެ. (އެދުވަހުން އެތަކެތި ނުފެންނާނެއެވެ.) އަދި އެހިނދުން ﷲ ގެ عذاب އާއި، ކޯފާއިން ފިލައިގެން ސަލާމަތްވާން ދާނޭ އެއްވެސް ތަނެއް ނެތްކަން އެމީހުންނަށް ރަނގަޅަށް يقين ވެދާނެއެވެ.

  4. 41:49

    لَّا يَسْـَٔمُ ٱلْإِنسَـٰنُ مِن دُعَآءِ ٱلْخَيْرِ وَإِن مَّسَّهُ ٱلشَّرُّ فَيَـُٔوسٌ قَنُوطٌ

    Laa- yasʹamul ʹiñsaanu miñ duʻaaaʹil khayri wa-ʹim massa hushsharru fayaʹoosuñ q̣anooṭ.

    ހެޔޮ ކަންތަކަށް އެދި دعاء ކުރުމުގައި އިންސާނާ ފޫހި ނުވެއެވެ. (އެބަހީ މުދަލާއި، صحّة އާއި، ވެރިކަމާއި، އަދި މަތިވެރި ދަރަޖަދެއްވުން އެދި دعاء ކުރުމުގައި ފޫހި ނުވެއެވެ. ފޫހި ނުވެސްވާނެއެވެ.) އަދި އޭނާއަށް އުނދަގުލެއް / ނުވަތަ ނުބައިކަމެއް ދިމާވެއްޖެއްޔާއި، އޭނާ ނާއުއްމީދުވެ ﷲ ގެ رحمة ން މުޅީން މާޔޫސް ވެދެއެވެ. (އެބަހީ އޭނާއަށް فقير ކަމެއް / ބަލިމަޑުކަމެއް / އަދި ދެރަކަމެއް ދިމާވެއްޖެއްޔާއި، އޭނާ މުޅީން މާޔޫސްވެ ނާއުއްމީދު ވެދެއެވެ.) މިއީ عامّ ކޮށް އިންސާނުންގެ حال ހުންނަ ގޮތެވެ.

  5. 41:50

    وَلَئِنْ أَذَقْنَـٰهُ رَحْمَةً مِّنَّا مِنۢ بَعْدِ ضَرَّآءَ مَسَّتْهُ لَيَقُولَنَّ هَـٰذَا لِى وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةً وَلَئِن رُّجِعْتُ إِلَىٰ رَبِّىٓ إِنَّ لِى عِندَهُۥ لَلْحُسْنَىٰ ۚ فَلَنُنَبِّئَنَّ ٱلَّذِينَ كَفَرُوا۟ بِمَا عَمِلُوا۟ وَلَنُذِيقَنَّهُم مِّنْ عَذَابٍ غَلِيظٍ

    Wa-laʹin ʹaẓaq̣naahu Raḥmatam minnaa mim baʻdi ḍar-raaaʹa massathu layaq̣oolanna haaẓaa lee wa-maaa ʹaz̤̣unnus Saaʻata q̣aaaʹimatañw walaʹir rujiʻtu ʹilaa Rabbeee ʹinna lee ʻiñdahoo lalḥusnaa! Falanunabbiʹannal laẓeena kafaroo bimaa ʻamiloo, wa-lanuẓeeq̣an-nahum min ʻAẓaabin g̣aleez̤̣.

    އަދި އެ އިންސަނާއަށް ޖެހުނު ކޮންމެވެސް مصيبة އަކާއި، ދެރައަކަށްފަހު ތިމަން ރަސްކަލާނގެ حضرة ން رحمة އެއްގެ ރަހަ އޭނާއަށް ދައްކަވައިފިއްޔާ އޭނާ ބުނާނެއެވެ. މިއީ އަހުރެން ކުރި عمل ގެ ސަބަބުން އަހުރެންނަށް މި ލިބެން حقّ ކަމުގައި ވާތީ އަހުރެންނަށް ލިބުނު އެއްޗެކެވެ. އަހުރެން ހީކުރާ ގޮތުގައި / يقين ކުރާ ގޮތުގައި ތިޔަބުނާ قيامة އެއް ނާންނާނެއެވެ. އަދި ތިޔަ ބުނާގޮތަށް ދެން قيامة ދުވަސް އަޔަސް، އެތާނގައިވެސް އަހުރެންގެ ربّ ގެ حضرة ން އަހުރެންނަށް މާތްކަމާއި، كرامة އާއި، އަދި ސުވަރުގެ ހުންނާނެއެވެ.\nފަހެ ކާފަރުވީ މީސްތަކުންނަށް އެބައިމީހުން ކުރި ކަންތަކުގެ خبر އެމީހުންނަށް ތިމަން ރަސްކަލާނގެ އަންގަވާ ހުށީމެވެ. އަދި އެމީހުންނަށް ވަރަށް ގަދަވެގެންވާ عذاب ތިމަން ރަސްކަލާނގެ ދެއްވާ ހުށީމެވެ.

  6. 41:51

    وَإِذَآ أَنْعَمْنَا عَلَى ٱلْإِنسَـٰنِ أَعْرَضَ وَنَـَٔا بِجَانِبِهِۦ وَإِذَا مَسَّهُ ٱلشَّرُّ فَذُو دُعَآءٍ عَرِيضٍ

    Wa-ʹiẓaaa ʹanʻamnaa ʻalal ʹiñsaani ʹaʻraḍa wa-naʹaa bijaanibih; wa-ʹiẓaa massahush sharru faẓoo duʻaaaʹin ʻareeḍ!

    އަދި عامّ ކޮށް އިންސާނާގެ قواعد އަކީ ތިމަން ރަސްކަލާނގެ އޭނާއަށް نعمة އެއް ދެއްވައި، ތަނަވަސްކަމެއް ދެއްވައިފިއްޔާ އެނބުރި ފުރަގަސް ދިނުމެވެ. އެބަހީ ތިމަން ރަސްކަލާނގެއަށް شكر ކުރުން ފިޔަވައި އެނބުރި ނުކިޔަމަންތެރިވެގަނެއެވެ. އަދި ތިމާ އަމިއްލައަށް ބޮޑާވެ كبر ވެރިވެ މަތިހަށިނަގައެވެ. އެހެން އުޅެނިކޮށްވެސް އޭނާއަށް ނުބައެއް އަދި ދެރަކަމެއް ދިމާވެއްޖެއްޔާ ދެން އޭނާ ވަރަށް ފުޅާކޮށް، ދިގުކޮށް، ތަނަވަސްކޮށް دعاء ކޮށް ހަދައެވެ.

  7. 41:52

    قُلْ أَرَءَيْتُمْ إِن كَانَ مِنْ عِندِ ٱللَّهِ ثُمَّ كَفَرْتُم بِهِۦ مَنْ أَضَلُّ مِمَّنْ هُوَ فِى شِقَاقٍۭ بَعِيدٍ

    Q̣ul ʹaraʹaytum ʹiñ kaana min ʻiñdil laahi s̤umma kafartum̃ bihee man ʹaḍallu mimman huwa fee shiq̣aaq̣im baʻeed?

    އޭ رسول الله އެވެ! ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ. ތިމަން ކަލޭގެފާނަށް خبر ދީބަލާށެވެ! އެ قرآن ބާވައިލައްވާފައި ވަނީ ﷲ ގެ حضرة ން ކަމުގައި ވެފައި ދެން ތިޔަބައިމީހުން އެ ފޮތަށް ކާފަރުވެއްޖެއްޔާއި، ދެން ވާނީ ކިހިނެއް ހެއްޔެވެ؟ (އެފަދަމީހާ ވާނީ އެންމެ ބޮޑަށް މަގުފުރެދިގެންވާ މީހަކު ކަމުގައެވެ.) ނުހަނު ބޮޑަށް ދެކޮޅުވެރިވެ عداوة ތެރި ވެގެންވާ މީހަކަށްވުރެ ބޮޑަށް މަގުފުރެދިގެން ވަނީ ކާކު ހެއްޔެވެ؟ އެބަހީ އޭނާއަކީ އެވަރަށް މަގުފުރެދިގެންވާ މީހެކެވެ.

  8. 41:53

    سَنُرِيهِمْ ءَايَـٰتِنَا فِى ٱلْـَٔافَاقِ وَفِىٓ أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ ٱلْحَقُّ ۗ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُۥ عَلَىٰ كُلِّ شَىْءٍ شَهِيدٌ

    Sanureehim ʹAayaatinaa fil ʹaafaaq̣i wa-feee ʹañfusihim ḥattaa yatabayyana lahum ʹannahul Ḥaq̣q̣. ʹA-walam yakfi bi-Rabbika ʹannahoo ʻalaa kulli shayʹiñ shaheed?

    قرآن އަކީ حقّ ތެދު ކަމާއި، އެފޮތް ބާވައިލައްވާފައިވަނީ ﷲ ކަމާއި، އަދި އެ ފޮތާއިގެން ވަޑައިގެންނެވީ محمّد ﷺ ކަން ރަނގަޅަށް އެނގި، ބަޔާން ވާނދެން މުޅި أفق ތަކުގައި، އެބަހީ އުޑާއި، ބިމުގެ ކަންކޮޅުތަކުގައި ތިމަން ރަސްކަލާނގެ އެކިއެކި ދަލީލު، މީސްތަކުންނަށް ދައްކަވާ ހުށީމެވެ. އަދި ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ربّ އެއީ ހެކި ދެއްވާ ފަރާތެއް ކަމުގައި ފަހެ ނުފުދޭ ހެއްޔެވެ؟ (އެބަހީ ކާފަރުން ކުރަމުން ގެންދާ ނުބައި عمل ތަކަށާއި، އަދި قرآن ބާވައިލައްވާފައި ވަނީ ﷲ ގެ حضرة ން ކަމުގެ މައްޗަށާއި މިކަންކަމަށް ހެކި ދެއްވާ ފަރާތެއް ކަމުގައި ﷲ ނުފުދޭ ހެއްޔެވެ؟

  9. 41:54

    أَلَآ إِنَّهُمْ فِى مِرْيَةٍ مِّن لِّقَآءِ رَبِّهِمْ ۗ أَلَآ إِنَّهُۥ بِكُلِّ شَىْءٍ مُّحِيطٌۢ

    ʹAlaaa ʹinnahum fee miryatim mil Liq̣aaaʹi Rabbihim? ʹAlaaa ʹinnahoo bikulli shayʹim Muḥeeṭ.

    ދަންނައެވެ. އެމީހުން އެވަނީ ހަމަކަށަވަރުންވެސް އެމީހުންގެ ربّ އާ ބައްދަލުވުމާމެދު ޝައްކެއްގައެވެ. (محشر އަށް ފޮނުއްވުމާއި، حساب ބެއްލެވުމާއި، ثواب އާއި، عذاب ދެއްވުމާމެދު ޝައްކެއްގައެވެ.) ދަންނާށެވެ. ހަމަކަށަވަރުން އެކަލާނގެ ދެނެވޮޑިގަތުމާއި، ކުޅަދުންވަންތަކަން އެންމެހައި ތަކެތީގެ ވަށައިގެން ވެއެވެ.

  10. Surah Ash-ShuraaBegins here at 42:1

  11. 42:1

    حمٓ

    Ḥaa-Meeem;

    މި އަކުރުތަކުގެ مراد އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ ހަމަ ﷲ އެވެ.

  12. 42:2

    عٓسٓقٓ

    ʻAyyyn-Seeen-Q̣aaaf.

    މި އަކުރުތަކުގެ مراد އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ ހަމަ ﷲ އެވެ.

  13. 42:3

    كَذَٰلِكَ يُوحِىٓ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ

    Kaẓaalika yooḥeee ʹilayka wa-ʹilal laẓeena miñ q̣ablikal laahul ʻAzeezul Ḥakeem.

    އޭ رسول الله! ކަލޭގެފާނަށް ﷲ وحي ބާވައިލައްވަނީ ކަލޭގެފާނުންގެ ކުރީގެ نبي ބޭކަލުންނަށްވެސް وحي ބާވައިލެއްވި ފަދައިންނެވެ. (އެއީ توحيد އަށް ގޮވާލެއްވުމާއި، قيامة ދުވަސް އޮތްކަމަށާއި، نبوّة ސާބިތުކޮށްދެއްވުމަށެވެ...) އެ وحي ބާވައިލައްވަނީ عزّة ވަންތަ حكمة ވަންތަ ﷲ ގެ حضرة ންނެވެ.

  14. 42:4

    لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ

    Lahoo maa- fis samaawaati wa-maa fil ʹarḍ: wa-Huwal ʻAliyyul ʻAz̤̣eem.

    އުޑުތަކާއި، ބިމުގައި ވާހައި ތަކެތި خاصّ ވެ ملك ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ މަތިވެރިވެ ވޮޑިގެންވާ، މާތްވެގެންވާ، ހައިބަ ބޮޑުވެގެންވާ ކަލާނގެއެވެ.

  15. 42:5

    تَكَادُ ٱلسَّمَـٰوَٰتُ يَتَفَطَّرْنَ مِن فَوْقِهِنَّ ۚ وَٱلْمَلَـٰٓئِكَةُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيَسْتَغْفِرُونَ لِمَن فِى ٱلْأَرْضِ ۗ أَلَآ إِنَّ ٱللَّهَ هُوَ ٱلْغَفُورُ ٱلرَّحِيمُ

    Takaadus samaawaatu yatafaṭṭarna miñ fawq̣ihinna walmalaaaʹikatu yusabbiḥoona bi-Ḥamdi Rabbihim wa-yastag̣firoona limañ fil ʹarḍ: ʹalaaa ʹinnal laaha Huwal G̣afoorur Raḥeem.

    ﷲ ގެ ކީރިތިވަންތަ ކަމާއި، މާތްކަމުން އުޑުތައް ކުދިކުދިވެ ފަޅަފަޅައިގެންދިއުން ގާތްވެގެން ވެއެވެ. (ނުވަތަ ملائكة ބޭކަލުންގެ ގިނަކަމުން އުޑު ފަޅައިގެންދިއުން ގާތްވެގެން ވެއެވެ. ނުވަތަ ﷲ އަށް ދަރިކަލަކު ވާ ކަމުގައި مشرك ން ބުނާ ނުބައި ބަހުގެ ސަބަބުން އުޑު ފަޅައިގެންދިއުން ގާތްވެގެން ވެއެވެ. މި ތިންގޮތަށް މި އާޔަތް تأويل ކުރައްވައެވެ. والله أعلم)\nއަދި ملائكة ބޭކަލުން އެ ބޭކަލުން ހައްދަވައި ބޮޑުކުރެއްވި ربّ އަށް حمد ކުރުމާއެކު، تسبيح ވިދާޅުވެއެވެ. އަދި ބިންމަތީގައިވާ މީސްތަކުންނަށް ފާފަ ފުއްސެވުމަށް އެ ބޭކަލުން ﷲ ގެ حضرة ގައި ދަންނަވައެވެ. ދަންނާށެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  16. 42:6

    وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ ٱللَّهُ حَفِيظٌ عَلَيْهِمْ وَمَآ أَنتَ عَلَيْهِم بِوَكِيلٍ

    Wallaẓeenat takhaẓoo miñ dooniheee ʹawliyaaaʹal laahu ḥafeez̤̣un ʻalayhim wa-maaa ʹañta ʻalayhim̃ biwakeel.

    އަދި އެކަލާނގެ ފިޔަވައި وليّ ން ތަކެއް (އަޅުކަން ކުރާނޭ ބުދުތަކެއް) ނުވަތަ އެނޫންވެސް އެއްޗެތިތަކެއް إختيار ކުރާ މީހުން ދަންނައެވެ. ﷲ އެމީހުން އެ ކުރާހައި عمل ތަކެއް ބައްލަވައި، ރައްކާތެރިކުރައްވާ ހުއްޓެވެ. (ދެން قيامة ދުވަހުން އެއަށް ފުރިހަމަ ޖަޒާ ދެއްވާ ހުއްޓެވެ.) އަދި އެމީހުންގެ ކަންތައް ބެއްލެވުމަށް حوال ކުރައްވާފައިވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ.

  17. 42:7

    وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ قُرْءَانًا عَرَبِيًّا لِّتُنذِرَ أُمَّ ٱلْقُرَىٰ وَمَنْ حَوْلَهَا وَتُنذِرَ يَوْمَ ٱلْجَمْعِ لَا رَيْبَ فِيهِ ۚ فَرِيقٌ فِى ٱلْجَنَّةِ وَفَرِيقٌ فِى ٱلسَّعِيرِ

    Wa-kaẓaalika ʹawḥaynaaa ʹilayka Q̣ur-ʹaanan ʻArabiyyal lituñẓira ʹUmmal Q̣uraa wa-man ḥawlahaa wa-tuñẓira Yawmal Jamʻi laa- rayba feeh: fareeq̣uñ fil Jannati wa-fareeq̣uñ fis Saʻeer.

    އަދި ކޮންމެ رسول ބޭކަލަކަށްވެސް އެ ބޭކަލެއްގެ قوم ގެ ބަހުން ތިމަން ރަސްކަލާނގެ وحي ބާވައިލެއްވި ފަދައިން ކަލޭގެފާނަށްވެސް ތިމަން ރަސްކަލާނގެ وحي ބާވައި މި ލެއްވީ ކަލޭގެފާނުންގެ قوم ގެ މީހުންގެ ބަހުންނެވެ. އެއީ عرب ބަހުން ވާ قرآن އެއްގެ ގޮތުންނެވެ. އެއީ مكّة ގެ މީހުންނަށާއި، ދެންވެސް އެރަށް ވަށައިގެން ވާހައި ބަޔަކަށް (އެންމެހައި މީސްތަކުންނަށް) عذاب އަތުވެދާނޭ ކަމުގެ ވާހަކައިން ކަލޭގެފާނު إنذار ކުރައްވައި، ބިރުވެރިކަމުގެ خبر ދެއްވުމަށެވެ. އަދި އެ ދުވަހާމެދު އެއްވެސް ޝައްކެއް ނުވާ قيامة ދުވަހާމެދުވެސް ކަލޭގެފާނު إنذار ކުރެއްވުމަށް ޓަކައެވެ. ފަހެ އެ ދުވަހުން އެއްބަޔަކު ވާނީ (حساب ބެއްލެވުމަށްފަހު) ސުވަރުގޭގައެވެ. އަދި އަނެއް ބަޔަކު ވާނީ ނަރަކައިގައެވެ. އަލިފާނުގައެވެ. (ތިންވަނަ ތަނެއް ނުވެއެވެ.)

  18. 42:8

    وَلَوْ شَآءَ ٱللَّهُ لَجَعَلَهُمْ أُمَّةً وَٰحِدَةً وَلَـٰكِن يُدْخِلُ مَن يَشَآءُ فِى رَحْمَتِهِۦ ۚ وَٱلظَّـٰلِمُونَ مَا لَهُم مِّن وَلِىٍّ وَلَا نَصِيرٍ

    Wa-law shaaaʹal laahu lajaʻalahum ʹUmmatañw Waaḥidatañw walaakiñy yudkhilu mañy yashaaaʹu fee Raḥmatih; waz̤̣z̤̣aalimoona maa- lahum miñw waliyyiñw walaa naṣeer.

    އަދި ﷲ އިރާދަކުރެއްވިނަމަ އެ އެންމެން އެއް أمّة އަކަށް (އެއް دين އަކަށް) ލައްވައިފީހެވެ. އަދި އެހެންނަމަވެސް އެކަލާނގެ އިރާދަކުރެއްވި އަޅަކު އެކަލާނގެ رحمة އަށް ވައްދަވައެވެ. (އެއީ أزل ގައި ދެނެވޮޑިގެންވާ ރަނގަޅު، މާތް މީހުންނެވެ.) އަދި އަނިޔާވެރީން، يعني مشرك ން ދަންނައެވެ. އެމީހުންނަށް އެ ދުވަހުން އެއްވެސް ސަހަރޯވެރިއެއް، އެހީތެރިއެއް، އަދި نصر ވެރިޔަކު ވިޔަސް ނުވެއެވެ.

  19. 42:9

    أَمِ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ ۖ فَٱللَّهُ هُوَ ٱلْوَلِىُّ وَهُوَ يُحْىِ ٱلْمَوْتَىٰ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

    ʹAmit takhaẓoo miñ dooniheee ʹawliyaaaʹ? Fallaahu Huwal Waliyyu wa-Huwa yuḥyil mawtaa, wa-Huwa ʻalaa kulli shayʹiñ Q̣adeer.

    އަދި ކިޔެއްހެއްޔެވެ؟ އެ ކާފަރުންގެ މީހުން ﷲ ފިޔަވައި ބުދުތަކެއް إله ން ކަމުގައި ބަލައި إختيار ކޮށް ހެދީއެވެ. حقيقة ގައި ވެރިޔަކީ / إله އަކީ ހަމަ ﷲ އެވެ. (ތަކެތި ދިރުއްވައި، ރިޒުގު ދެއްވައި، ފައިދާވާ ކަންތަކާއި، ގެއްލުންވާ ކަންތައްވެސް ޖައްސަވަނީ ހަމަ އެކަލާނގެއެވެ.) އަދި މަރުވެފައިވާ ތަކެތި ދިރުއްވަނީވެސް ހަމަ އެކަލާނގެއެވެ. އަދި ކޮންމެ ކަމެއްގެ މައްޗަށް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ވެއެވެ.

  20. 42:10

    وَمَا ٱخْتَلَفْتُمْ فِيهِ مِن شَىْءٍ فَحُكْمُهُۥٓ إِلَى ٱللَّهِ ۚ ذَٰلِكُمُ ٱللَّهُ رَبِّى عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ

    Wa-makh talaftum feehi miñ shayʹiñ faḥukmuhooo ʹilal laah: ẓaalikumul laahu Rabbee ʻalayhi tawakkaltu wa-ʹilayhi ʹuneeb.

    އަދި އެ ކަންކަމުގައި ދެބަސްވެ، إختلاف ވެ، ތިޔަބައިމީހުން އަރައިރުންވާ ކޮންމެ ކަމެއްގެ حكم، އެކަމުގެ حقّ ގޮތް، ﷲ ގެ حضرة ގައި ވެއެވެ. އެކަލާނގެ ފޮތުގައި ވެއެވެ. إسلام دين ގައި ވެއެވެ. އޭ މީސްތަކުންނޭވެ! އެއީ ﷲ އެވެ. އެއީ އަހުރެންގެ ربّ އެވެ. އަހުރެން ބަރޯސާކޮށް، އިތުބާރުކޮށް، وكيل ކޮށް ހަދަނީ ހަމައެކަނި އެކަލާނގެއަށެވެ. އަދި އަހުރެން توبة ވެ رجوع ވަނީވެސް ހަމައެކަނި އެފަރާތަށެވެ.

  21. 42:11

    فَاطِرُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا وَمِنَ ٱلْأَنْعَـٰمِ أَزْوَٰجًا ۖ يَذْرَؤُكُمْ فِيهِ ۚ لَيْسَ كَمِثْلِهِۦ شَىْءٌ ۖ وَهُوَ ٱلسَّمِيعُ ٱلْبَصِيرُ

    Faaṭirus samaawaati wal-ʹarḍ! Jaʻala lakum min ʹañfusikum ʹazwaajañw Waminal ʹanʻaami ʹazwaajaa: yaẓraʹukum feeh: Laysa kamis̤lihee shayʹ; wa-Huwas sameeʻul Baṣeer.

    އެކަލާނގެއީ ނެތުމުގެ ތެރެއިން އުޑުތަކާއި، ބިން ހެއްދެވި ކަލާނގެއެވެ. އަދި ތިޔަބައިމީހުންނަށް ޓަކައި ތިޔަބައިމީހުންގެ ނަފުސުތަކުން އެކަލާނގެ ތިޔަބައިމީހުންނަށް އަނބީންތަކެއް ލެއްވިއެވެ. އަދި نعم ސޫފީގެ ތެރެއިންވެސް އަންހެން / ފިރިހެން ޖޯޑުޖޯޑު ވާގޮތަށް ލެއްވިއެވެ. އަދި އެ نظام ގެ މަތީން، އެކަލާނގެ ތިޔަބައިމީހުން ހައްދަވަމުން ގެންދަވައެވެ. އަދި އެކަލާނގެއާ އެއްފަދަ، އެއް މިސާލުވެވޭ ހަމަ އެކެއްޗެއްވެސް ނުވެއެވެ. އަދި އެކަލާނގެއީ އައްސަވާ ވޮޑިގެންވާ، އަދި ބައްލަވާ ވޮޑިގެންވާ ކަލާނގެއެވެ.

  22. 42:12

    لَهُۥ مَقَالِيدُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّهُۥ بِكُلِّ شَىْءٍ عَلِيمٌ

    Lahoo maq̣aaleedus samaawaati wal-ʹarḍ; Yabsuṭur Rizq̣a limañy yashaaaʹu wa-yaq̣dir: ʹinnahoo bikulli shayʹin ʻAleem.

    އުޑުތަކާއި، ބިމުގެ خزانة ތައް، އަދި އެ ތަންތާނގެ ތަޅުދަނޑިތައް ނުވަތަ އެތަންތާނގެ އެންމެހައި ވެރިކަމެއް خاصّ ވެ މިލްކުވެގެން ވަނީ ހަމައެކަނި އެކަލާނގެއަށެވެ. އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ރިޒުގު ތަނަވަސްކުރައްވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ރިޒުގު ދަތިކުރައްވައެވެ. ހަމަކަށަވަރުން އެކަލާނގެ ހުރިހާ އެއްޗެއް، އަދި ހުރިހާކަމެއް ދެނެވޮޑިގެންވާކަލާނގެއެވެ.

  23. 42:13

    ۞ شَرَعَ لَكُم مِّنَ ٱلدِّينِ مَا وَصَّىٰ بِهِۦ نُوحًا وَٱلَّذِىٓ أَوْحَيْنَآ إِلَيْكَ وَمَا وَصَّيْنَا بِهِۦٓ إِبْرَٰهِيمَ وَمُوسَىٰ وَعِيسَىٰٓ ۖ أَنْ أَقِيمُوا۟ ٱلدِّينَ وَلَا تَتَفَرَّقُوا۟ فِيهِ ۚ كَبُرَ عَلَى ٱلْمُشْرِكِينَ مَا تَدْعُوهُمْ إِلَيْهِ ۚ ٱللَّهُ يَجْتَبِىٓ إِلَيْهِ مَن يَشَآءُ وَيَهْدِىٓ إِلَيْهِ مَن يُنِيبُ

    Sharaʻa lakum minad Deeni maa- waṣṣaa bihee Nooḥañw wallaẓeee ʹawḥaynaaa ʹilayka wa-maa waṣṣaynaa biheee ʹIbraaheema wa-Moosaa wa-ʻEesaaa ʹan ʹaq̣eemud Deena wa-laa tatafarraq̣oo feeh: kabura ʻalal mushrikeena maa- tadʻoohum ʹilayh. ʹAllaahu yajtabeee ʹilayhi mañy yashaaaʹu wa-yahdeee ʹilayhi mañy yuneeb.

    އޭ رسول الله އެވެ! ތިޔަބައިމީހުންނަށް، އެބަހީ محمّد ﷺ ގެ أمّة އަށް ތިމަން ރަސްކަލާނގެ شرع ކުރައްވައި ކަނޑައެޅުއްވީ (دين ގެ أصول ތަކުގެ ތެރެއިން) نوح عليه السلام އަށްވެސް ހަމަ وصيّة ކުރައްވައި، أمر ކުރެއްވި ކަންކަމެވެ. (އެއީ ﷲ އެއްކައުވަންތަކުރުމާއި، إيمان ކަމާއި، رسول ންނަށް ކިޔަމަންތެރިވުމާއި، ދީނުގެ ގައި ދެންހުރި ކަންކަން قائم ކުރުމަށެވެ.) އަދި ކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗާއި، އަދި އެ ކަންކަމުން ތިމަން ރަސްކަލާނގެ إبراهيم ގެފާނަށާއި، موسى ގެފާނަށައި، އަދި عيسى ގެފާނަށް (عليهم السّلام) وصيّة ކުރައްވައި أمر ކުރެއްވި ކަންކަމަކީ ހުރިހާ ބޭކަލުންވެސް دين قائم ކުރެއްވުމެވެ. (އެއީ توحيد އާއި، إيمان ކަމާއި، رسول ބޭކަލުންނަށް ކިޔަމަން ވުމާއި، ނަމާދު قائم ކޮށް زكاة ދީހެދުމާއި، شريعة ގައި ދެންވެސް ހުރި مقصد ތައް قائم ކުރުމެވެ.) އަދި އެ ކަންކަމުގައި ތިޔަބޭކަލުން (މައިގަނޑު اصل ގައި) ތަފާތުވެ خلافވެވަޑައިނުގަންނަވާށެވެ! ބައިބައިވެވަޑައިނުގަންނަވާހުށިކަމެވެ! އަދި އެ مشرك ންނަށް ކަލޭގެފާނު ތިޔަ ގޮވައިލައްވާ ކަންތައް އެމީހުންނަށް ވަރަށް ބޮޑު ކަމަކަށް ވެއްޖެއެވެ. (ބުދަށް އަޅުކަން ކުރުން ދޫކޮށް، لا إله إلاّ الله محمّد رسول الله މި كلمة ފުޅަށް ސީދާވުމަށެވެ. ހަމައެކަނި ﷲ އަށް އަޅުކަން إخلاص ތެރިކުރުމަށެވެ. ކަލޭގެފާނު ދައްކަވާ ފަދައަކުން އަޅުކަން ކުރުމަށެވެ.) އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ دين އަށް ވަނުމަށް خاصّ ކުރައްވައި، އެކަމަށް توفيق ދެއްވައެވެ. އަދި އެކަލާނގެ حضرة އަށް رجوع ވެ، توبة ވެއްޖެ އަޅަކަށް އެކަލާނގެ މަގަށް، إسلام دين ގެ މަގަށް، ތެދުމަގު ދައްކަވައި هداية ދައްކަވައެވެ.

  24. 42:14

    وَمَا تَفَرَّقُوٓا۟ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۚ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ إِلَىٰٓ أَجَلٍ مُّسَمًّى لَّقُضِىَ بَيْنَهُمْ ۚ وَإِنَّ ٱلَّذِينَ أُورِثُوا۟ ٱلْكِتَـٰبَ مِنۢ بَعْدِهِمْ لَفِى شَكٍّ مِّنْهُ مُرِيبٍ

    Wa-maa tafarraq̣ooo ʹillaa mim baʻdi maa- jaaaʹahumul ʻilmu bag̣yam baynahum. Wa-lawlaa Kalimatuñ sabaq̣at mir Rabbika ʹilaaa ʹajalim musammal liq̣uḍiya baynahum: wa-ʹinnal laẓeena ʹooris̤ul Kitaaba mim baʻdihim lafee shakkim minhu mureeb.

    އެމީހުންގެ ގާތަށް (އެބަހީ އިސްވެދިޔަ أمّة ތަކުގެ މީހުން ނުވަތަ يهودي ންނާއި، نصارى އިންނާއި، އަދި قريش ންގެގާތަށް) ބަޔާންވެގެންވާ علم އައުމަށްފަހުގައި މެނުވީ އެމީހުން ވަކިވަކިވީ ކަމުގައި ނުވެއެވެ. އެއީ އެމީހުންގެ މެދުގައިވާ ދެކޮޅުވެރިކަމާއި، حسد ވެރިކަމުންނެވެ. އަދި ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ربّ ގެ حضرة ން كلمة އެއް އިސްވެ ގޮސްފައި ނުވާނަމަ (އެބަހީ عذاب ދެއްވައި، عقوبة ދެއްވުން ވަކި މުއްދަތަކަށް ފަސްކުރެއްވުމުގެ ބަސްފުޅު ނުވާނަމަ) ހަމަކަށަވަރުން އެމީހުންގެ މެދުގައި ދުނިޔޭގައިވެސް ނިޔާކުރައްވައި ނިންމަވައިފީހެވެ. އަދި ހަމަކަށަވަރުން އެމީހުންގެ ފަހުން (އެބަހީ އިސްވެދިޔަ أمّة ތަކުގެ ފަހުން، ނުވަތަ نصارى އިންނާއި، يهودي ންގެ ފަހުން) ފޮތް ވާރުތަކުރި މީހުން އެ ވަނީ އެ قرآن އާމެދު ނުވަތަ محمّد ﷺ އާމެދު ކަށަވަރުންވެސް ޝައްކެއްގައެވެ.

  25. 42:15

    فَلِذَٰلِكَ فَٱدْعُ ۖ وَٱسْتَقِمْ كَمَآ أُمِرْتَ ۖ وَلَا تَتَّبِعْ أَهْوَآءَهُمْ ۖ وَقُلْ ءَامَنتُ بِمَآ أَنزَلَ ٱللَّهُ مِن كِتَـٰبٍ ۖ وَأُمِرْتُ لِأَعْدِلَ بَيْنَكُمُ ۖ ٱللَّهُ رَبُّنَا وَرَبُّكُمْ ۖ لَنَآ أَعْمَـٰلُنَا وَلَكُمْ أَعْمَـٰلُكُمْ ۖ لَا حُجَّةَ بَيْنَنَا وَبَيْنَكُمُ ۖ ٱللَّهُ يَجْمَعُ بَيْنَنَا ۖ وَإِلَيْهِ ٱلْمَصِيرُ

    Faliẓaalika fadʻu wastaq̣im kamaaa ʹumirt. Wa-laa tattabiʻ ʹahwaaaʹahum; wa-q̣ul ʹaamañtu bimaaa ʹañzala laahu miñ Kitaab; wa-ʹumirtu liʹaʻdila baynakum. ʹAllaahu Rabbunaa wa-Rabbukum. Lanaaa ʹaʻmaalunaa wa-lakum ʹaʻmaalukum. Laa- ḥujjata baynanaa wa-baynakum. ʹAllaahu yajmaʻu baynanaa, wa-ʹilayhil maṣeer.

    އޭ رسول الله އެވެ! އެކަމަށް ޓަކައި (އެބަހީ ބައިބައިވެ، ވަކިވީ ކަމަށް ޓަކައި ނުވަތަ قرآن އާމެދު ނުވަތަ رسول الله ﷺ އާމެދު ޝައްކު ކުރި ކަމަށް ޓަކައި) ކަލޭގެފާނު އެމީހުންނަށް (إسلام دين ގެ މަގަށް) ގޮވައިލައްވާށެވެ! އަދި އެ دين މަތީ ސާބިތުކަމާއެކު ސީދާކޮށް ހުންނަވާށެވެ! އެއީ ކަލޭގެފާނަށް ﷲ أمر ކުރެއްވި ފަދައިންނެވެ. އަދި އެމީހުންގެ އަމިއްލަ އެދުންތަކާ تبع ވެވަޑައިނުގަންނަވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެން މިވަނީ ބާވައިލެއްވި އެންމެހައި ފޮތަކަށް إيمان ވެގެންނެވެ. (ނުވަތަ ފޮތުގައި ބާވައިލެއްވި އެންމެހައި ތަކެއްޗަށް إيمان ވެގެންނެވެ.) އަދި އަހުރެންނަށް أمر ވެވިގެން ވަނީ (ﷲ ގެ حكم ގައި) ތިޔަބައިމީހުންގެ މެދުގައި عدل ވެރިވުމަށެވެ. އަދި ﷲ އެއީ އަހުރެމެންނާއި، އަދި ތިޔަބައިމީހުންގެ ربّ އެވެ. އަހުރެމެން ކުރި عمل އެއްގެ ދަރުމަޔާއި، ثواب ނުވަތަ عذاب ހުންނަހުށީ ހަމަ އަހުރެމެންނަށެވެ. އަދި ތިޔަބައިމީހުން ކުރި عمل އެއްގެ ދަރުމަޔާއި، ثواب ނުވަތަ عذاب ހުންނަހުށީ ހަމަ ތިޔަބައިމީހުންނަށެވެ. އަހުރެމެންނާއި، ތިޔަބައިމީހުންނާ ދެމެދު حجّة قائم ކޮށް، އަރައިރުންވުމެއް ދެން ނެތެވެ. (ކަންތައްތައް މި ހުރީ އަލިވެ ސާފުވެފައެވެ.) އަދި قيامة ދުވަހުން އެއް ميدان އަކަށް ﷲ އަހުރެމެން އެންމެން جمع ކުރައްވާ ހުއްޓެވެ. އަދި އަހުރެމެން އެނބުރި ދިއުން ވަނީ ހަމަ އެކަލާނގެ حضرة އަށެވެ.

  26. 42:16

    وَٱلَّذِينَ يُحَآجُّونَ فِى ٱللَّهِ مِنۢ بَعْدِ مَا ٱسْتُجِيبَ لَهُۥ حُجَّتُهُمْ دَاحِضَةٌ عِندَ رَبِّهِمْ وَعَلَيْهِمْ غَضَبٌ وَلَهُمْ عَذَابٌ شَدِيدٌ

    Wallaẓeena yuḥaaajjoona fil laahi mim baʻdi mas tujeeba lahoo ḥujjatuhum daaḥiḍatun ʻiñda Rabbihim wa-ʻalayhim g̣aḍabuñw walahum ʻAẓaabuñ shadeed.

    ﷲ ގެ دين އަށް އިޖާބަދެވުމަށްފަހު، އެބަހީ އެދީނަށް މީސްތަކުން ވަދެ ހަމަޖެހުމަށްފަހު ދެން ﷲ ގެ دين އާމެދު ދެކޮޅުހަދައި، حجّة قائم ކުރާ މީހުން ދަންނައެވެ. އެމީހުންގެ އެ حجّة ތަކާއި، دليل ތައް އެމީހުންގެ ربّ ގެ حضرة ގައި އެ ވަނީ باطل ވެ، ބޭކާރުވެގެންނެވެ. އަދި އެމީހުންގެ މައްޗަށް އެވަނީ ﷲ ގެ ކޯފާއެވެ. އެއީ އަދި ދުނިޔޭގައެވެ. އަދި آخرة ގައި އޭގެ އިތުރަށް އެމީހުންނަށް ގަދަވެގެންވާ عذاب ހުއްޓެވެ.

  27. 42:17

    ٱللَّهُ ٱلَّذِىٓ أَنزَلَ ٱلْكِتَـٰبَ بِٱلْحَقِّ وَٱلْمِيزَانَ ۗ وَمَا يُدْرِيكَ لَعَلَّ ٱلسَّاعَةَ قَرِيبٌ

    ʹAllaahul laẓeee ʹañzalal Kitaaba bilḥaq̣q̣i wal-Meezaan. Wa-maa yudreeka laʻallas Saaʻata q̣areeb?

    ﷲ އެއީ رسول ންނަށް حقّ ގޮތުގައި ފޮތް ބާވައިލެއްވި ކަލާނގެއެވެ. އަދި حقّ ގޮތުގައި ميزان ބާވައިލެއްވި ކަލާނގެއެވެ. (އެބަހީ عدل ވެރިކަން، ނުވަތަ عدل އިންސާފުކުރެވޭނޭ ގޮތް ބާވައިލެއްވިއެވެ.) އަދި قيامة ގާއިމުވުން ދާދި ގާތްވެގެން ވުން أمّيد ކުރެވެއެވެ. އެކަން ކަލޭގެފާނަށް އަންގަވައިދެއްވީ ކޮން ކަމެއް ހެއްޔެވެ؟

  28. 42:18

    يَسْتَعْجِلُ بِهَا ٱلَّذِينَ لَا يُؤْمِنُونَ بِهَا ۖ وَٱلَّذِينَ ءَامَنُوا۟ مُشْفِقُونَ مِنْهَا وَيَعْلَمُونَ أَنَّهَا ٱلْحَقُّ ۗ أَلَآ إِنَّ ٱلَّذِينَ يُمَارُونَ فِى ٱلسَّاعَةِ لَفِى ضَلَـٰلٍۭ بَعِيدٍ

    Yastaʻjilu bihal laẓeena laa- yuʹminoona bihaa: wallaẓeena ʹaamanoo mushfiq̣oona minhaa wa-yaʻlamoona ʹannahal Ḥaq̣q̣. ʹAlaaa ʹinnal laẓeena yumaaroona fis Saaʻati lafee ḍalaalim baʻeed.

    އަދި قيامة ދުވަހަށް އީމާން ނުވާ މީހުން (މަލާމާތް ކުރުމާއި، އިންކާރުކުރުމުގެ ގޮތުން) އެ ދުވަސް އަވަސްވުމަށް އެދެއެވެ. އަދި އެދުވަހަށް إيمان ވީ މީހުން އެ ދުވަހާމެދު ބިރުވެތިވެ، ފެންކަޅިވެގެން ވެއެވެ. އަދި އެ ދުވަސް އެއީ ކަށަވަރުން، حقّ ދުވަހެއްކަން (އެދުވަހުގެ ކަންކަމަކީ حقّ ކަންތައް ކަން) އެމީހުން ރަނގަޅަށް ދަނެއެވެ. قبول ކުރެއެވެ. އަދި ދަންނައެވެ. ހަމަކަށަވަރުން އެ ދުވަހާމެދު އިންކާރުކޮށް جدل ކުރާ މީހުން އެ ވަނީ ކަނޑައެޅިގެން ވަރަށް ދުރަށް މަގުފުރެދި، ވާވަދެފައެވެ.

  29. 42:19

    ٱللَّهُ لَطِيفٌۢ بِعِبَادِهِۦ يَرْزُقُ مَن يَشَآءُ ۖ وَهُوَ ٱلْقَوِىُّ ٱلْعَزِيزُ

    ʹAllaahu Laṭeefum biʻibaadihee yarzuq̣u mañy yashaaaʹ: wa-Huwal Q̣awiyyul ʻAzeez.

    ﷲ އެއީ އެކަލާނގެ އަޅުތަކުންނަށް ނުހަނު އޯގާވަންތަ ކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ރިޒުގު ތަނަވަސް ކޮށްދެއްވައެވެ. (އަދި އިރާދަކުރެއްވި އަޅަކަށް މަދުކުރައްވައެވެ.) އަދި އެކަލާނގެއީ ނުހަނު ގަދަފަދަ ވަންތަ، عزّة ވަންތަ ކަލާނގެއެވެ.

  30. 42:20

    مَن كَانَ يُرِيدُ حَرْثَ ٱلْـَٔاخِرَةِ نَزِدْ لَهُۥ فِى حَرْثِهِۦ ۖ وَمَن كَانَ يُرِيدُ حَرْثَ ٱلدُّنْيَا نُؤْتِهِۦ مِنْهَا وَمَا لَهُۥ فِى ٱلْـَٔاخِرَةِ مِن نَّصِيبٍ

    Mañ kaana yureedu ḥars̤al ʹAakhirati nazid lahoo fee ḥars̤ih; wa-mañ kaana yureedu ḥars̤ad dunyaa nuʹtihee minhaa wa-maa lahoo fil ʹAakhirati min naṣeeb.

    آخرة ދުވަހުގެ ދަރުމަޔާއި، ثواب އެދިގެން މަސައްކަތްކުރާ މީހާއަށް ތިމަން ރަސްކަލާނގެ އޭނާއަށް ދަރުމަޔާއި، ثواب އިތުރުކޮށްދެއްވާ ހުށީމެވެ. އަދި ދުނިޔޭގެ حياة ގެ އަރާމާއި، މަޖާ އެދިގެން މަސައްކަތްކުރާ މީހާ ދަންނައެވެ. ތިމަން ރަސްކަލާނގެ އޭނާއަށް އެ ދުނިޔެއިން (ދެއްވަން ނިންމަވާފައިވާ ވަރަކަށް) ދެއްވާހުށީމެވެ. އަދި آخرة ދުވަހުން އޭނާއަކަށް އެއްވެސް ނަސީބެއް، އެއްވެސް އެއްޗެއް ނުވެއެވެ. ހެޔޮކަމެއް ނުވެއެވެ.

  31. 42:21

    أَمْ لَهُمْ شُرَكَـٰٓؤُا۟ شَرَعُوا۟ لَهُم مِّنَ ٱلدِّينِ مَا لَمْ يَأْذَنۢ بِهِ ٱللَّهُ ۚ وَلَوْلَا كَلِمَةُ ٱلْفَصْلِ لَقُضِىَ بَيْنَهُمْ ۗ وَإِنَّ ٱلظَّـٰلِمِينَ لَهُمْ عَذَابٌ أَلِيمٌ

    ʹAm lahum shurakaaaʹu sharaʻoo lahum minad Deeni maa- lam yaʹẓam bihil laah? Wa-lawlaa Kalimatul Faṣli laq̣uḍiya baynahum. Wa-ʹinnaz̤̣ z̤̣aalimeena lahum ʻAẓaabun ʹaleem.

    އެކަންކަމަށް ﷲ އިޒުނަ ދެއްވާފައި ނުވާ ކަންކަން ދީނުގައި شرع ކޮށް (ދީނަށް އުނިއިތުރުކޮށް) ހަދާނޭ ބައިވެރީންތަކެއް (شرك ތަކާއި، بدعة ތައް އުފައްދާނޭ ބައިވެރީންތަކެއް) އެބައިމީހުންނަށް ފަހެ ވަނީ ހެއްޔެވެ؟ އަދި فيصلة ކުރެއްވުމާއި، ނިޔާކުރެއްވުން ލަސްކުރެއްވުމުގެ ބަސްފުޅު ނުވާނަމަ (ދުނިޔޭގައިވެސް) އެމީހުންގެ މެދުގައި فيصلة ކުރެވި، ނިޔާކުރެވި ނިމިއްޖައީހެވެ. އަދި ހަމަކަށަވަރުން އަނިޔާވެރީންނަށް ހުރީ ކަނޑައެޅިގެން ވޭންދެނިވި عذاب އެވެ.

  32. 42:22

    تَرَى ٱلظَّـٰلِمِينَ مُشْفِقِينَ مِمَّا كَسَبُوا۟ وَهُوَ وَاقِعٌۢ بِهِمْ ۗ وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فِى رَوْضَاتِ ٱلْجَنَّاتِ ۖ لَهُم مَّا يَشَآءُونَ عِندَ رَبِّهِمْ ۚ ذَٰلِكَ هُوَ ٱلْفَضْلُ ٱلْكَبِيرُ

    Taraz̤̣ z̤̣aalimeena mushfiq̣eena mimmaa kasaboo wa-huwa waaq̣iʻum bihim. Wallaẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati fee rawḍaatil Jannaat: lahum maa yashaaaʹoona ʻiñda Rabbihim. Ẓaalika huwal Faḍlul Kabeer.

    قيامة ދުވަހުން ކަލޭގެފާނު، އަނިޔާވެރީންތައް ދެކެވަޑައިގަންނަވާނީ ބިރުން ސިހި، ފެންކަޅިވެގެން ވާތީއެވެ. އެއީ އެމީހުން ދުނިޔޭގައި އުޅުނުއިރު ކުރި ކަންތައްތަކުގެ ސަބަބުންނެވެ. އެ عمل ތަކުގެ ނަތީޖާ އެމީހުންނަށް މިހާރު އެވަނީ ދިމާވެފައެވެ. އޭގެ ފުރިހަމަ ޖަޒާގެ ތެރެއަށް ވަދެވިފައެވެ. އެއީ عذاب އެވެ. އަދި ﷲ އަށް إيمان ވެ، ހެޔޮލަފާކޮށް އުޅުނު މީހުން - صالح عمل ކުރި މީހުން - قيامة ދުވަހުން ވާހުށީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރޭގައެވެ. ހިތަށް ގެންނަންވެސް ނޭނގޭހައި ތަނަވަސް نعمة ގައެވެ. އެމީހުން އެދޭހައި ކަމެއް އެމީހުންގެ ربّ ގެ حضرة ން އެމީހުންނަށް ހުންނަ ހުއްޓެވެ. އަދި ބޮޑުވެގެންވާ މާތްކަމާއި، كرامة އަކީ އެއީއެވެ.

  33. 42:23

    ذَٰلِكَ ٱلَّذِى يُبَشِّرُ ٱللَّهُ عِبَادَهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ ۗ قُل لَّآ أَسْـَٔلُكُمْ عَلَيْهِ أَجْرًا إِلَّا ٱلْمَوَدَّةَ فِى ٱلْقُرْبَىٰ ۗ وَمَن يَقْتَرِفْ حَسَنَةً نَّزِدْ لَهُۥ فِيهَا حُسْنًا ۚ إِنَّ ٱللَّهَ غَفُورٌ شَكُورٌ

    Ẓaalikal laẓee yubashshirul laahu ʻIbaadahul laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaat. Q̣ul laaa ʹasʹalukum ʻalayhi ʹajran ʹillal mawaddata fil q̣urbaa. Wa-mañy yaq̣tarif ḥasanatan nazid lahoo feehaa ḥusnaa: ʹinnal laaha G̣afooruñ Shakoor.

    އެ މާތްކަމާއި، كرامة އަކީ إيمان ވެގެން صالح عمل ތައް ކުރި، ﷲ ގެ މާތް އަޅުތަކުންނަށް ލިބޭނޭ ކަމަށް ﷲ بشارة ދެއްވާފައިވާ ތަކެއްޗެވެ. (އޭ رسول الله އެވެ!) ކަލޭގެފާނު (قريش ންނަށް) ވިދާޅުވާށެވެ! އަހުރެންގެ މި رسالة ތިޔަބައިމީހުންނަށް އިއްވައިދިނުމަކަށް ތިޔަބައިމީހުންގެ އަތުން އެއްވެސް أجور އަކަށް، ޓެކުހަކަށް ނޭދެމެވެ. ހަމައެކަނި އެދޭހާވެސް ކަމަކީ ތިމާގެކަމާއި، ގާތްކަމުގެ ލޯތްބެވެ. (އެއީ މި رسالة މީސްތަކުންނަށް އިއްވައިދެވޭންދެން ތިޔަބައިމީހުންގެ ގާތްކަމުގެ حماية އެވެ. عربى ންގެ އެހެން މީހުންނަށްވުރެ އަހުރެން ރައްކާތެރިކޮށް، ބެލެހެއްޓުމަށް أولى ވެގެންވަނި ހަމަ ތިޔަބައިމީހުންނެވެ. ފަހެ قريش ވަންހައިގެ ކޮންމެ ދަރިކޮޅަކާވެސް رسول الله ﷺ ގެ ތިމާގެކަމުގެ ގުޅުން އޮވެއެވެ.) ދެންފަހެ ހެޔޮކަމުގެ ތެރެއިން ކަމެއް ކޮށްފި މީހަކަށް ތިމަން ރަސްކަލާނގެ އެކަމުގެ ދަރުމަޔާއި، ثواب އެތައް ގުނަޔަކަށް އިތުރުކޮށްދެއްވާ ހުށީމެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ، އަދި އަޅުތަކުންގެ ހެޔޮ عمل ތަކަށް شكر ކުރައްވާ ކަލާނގެއެވެ.

  34. 42:24

    أَمْ يَقُولُونَ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا ۖ فَإِن يَشَإِ ٱللَّهُ يَخْتِمْ عَلَىٰ قَلْبِكَ ۗ وَيَمْحُ ٱللَّهُ ٱلْبَـٰطِلَ وَيُحِقُّ ٱلْحَقَّ بِكَلِمَـٰتِهِۦٓ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ

    ʹAm yaq̣ooloonaf taraa ʻalal laahi kaẓibaa? Faʹiñy yasha ʹillaahu yakhtim ʻalaa q̣albik. Wa-yamḥul laahul Baaṭila wa-yuḥiq̣q̣ul Ḥaq̣q̣a bi-Kalimaatih. ʹInnahoo ʻAleemum biẓaatiṣ ṣudoor.

    އަދި ކިޔެއް ހެއްޔެވެ؟ އެމީހުން ބުނަނީ ހެއްޔެވެ؟ އެބަހީ ކާފިރުންގެ މީހުންގަނޑު ބުނަނީ ހެއްޔެވެ؟ ﷲ ގެ މައްޗަށް محمّد ﷺ ދޮގު ހެދީއެވެ. (އެބަހީ އެކަލޭގެފާނު ނަބީކަމުގެ دعوى އެ ކުރައްވަނީ އެއީ ދޮގެކެވެ.) އެބައިމީހުންގެ އެ ބަހަށް ﷲ جواب ދެއްވަނީ މިފަދައިންނެވެ. ފަހެ ﷲ އިރާދަކުރައްވައިފިއްޔާ ކަލޭގެފާނުގެ ހިތްޕުޅު މަތީގައި ސިއްކަ ޖައްސަވައިފީހެވެ. (އޭރުން އެއްވެސް އެއްޗެއް އެ ހިތުގެ ތެރެއަށް ވަދެ-ނިކުމެ ނުވާނެއެވެ.) އަދި އެކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅުގައިވާ باطل އެއްޗެހި ފޮހެލައްވައިފީހެވެ. އަދި حقّ ސާބިތުކުރައްވާ ބަޔާންކުރައްވައިފީހެވެ. އެއީ އެކަލާނގެ ކީރިތި قرآن ގައި ބާވައިލައްވާފައިވަ ކަލިމަފުޅުތަކުންނެވެ. ހަމަކަށަވަރުން އެކަލާނގެއީ ހިތްތަކުގެ އަޑީގައިވާ ތަކެތިވެސް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

  35. 42:25

    وَهُوَ ٱلَّذِى يَقْبَلُ ٱلتَّوْبَةَ عَنْ عِبَادِهِۦ وَيَعْفُوا۟ عَنِ ٱلسَّيِّـَٔاتِ وَيَعْلَمُ مَا تَفْعَلُونَ

    Wa-Huwal laẓee yaq̣balut Tawbata ʻan ʻIbaadihee wa-yaʻfoo ʻanis sayyiʹaati wayaʻlamu maa- tafʻaloon.

    އަދި އެކަލާނގެ އަޅުތަކުންގެ ކިބައިން ތައުބާ ޤަބޫލުކުރައްވާ، އަދި ކުށްފާފަތައް عفوء ކުރައްވަނީ ހަމަ އެކަލާނގެއެވެ. އަދި ތިޔަބައިމީހުން ކުރާހައި ކަމެއް އެކަލާނގެ ދެނެވޮޑިގެން ވެއެވެ.

  36. 42:26

    وَيَسْتَجِيبُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَيَزِيدُهُم مِّن فَضْلِهِۦ ۚ وَٱلْكَـٰفِرُونَ لَهُمْ عَذَابٌ شَدِيدٌ

    Wa-yastajeebul laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati wa-yazeeduhum miñ faḍlih: wal-kaafiroona lahum ʻAẓaabuñ shadeed.

    އަދި އީމާންވެ، صالح ޢަމަލުކުރި މީސްތަކުންނަށް އެމީހުންގެ دعاء އިޖާބަކުރައްވަނީވެސް ހަމަ އެކަލާނގެއެވެ. އަދި އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން އެމީހުންނަށް ދަރުމަޔާއި، ސަވާބު އިތުރުކޮށްދެއްވައެވެ. އަދި ކާފިރުންގެ މީހުން ދަންނައެވެ. އެމީހުންނަށް ޤިޔާމަތް ދުވަހުން ހުރީ ގަދަވެގެންވާ ޢަޒާބެވެ.

  37. 42:27

    ۞ وَلَوْ بَسَطَ ٱللَّهُ ٱلرِّزْقَ لِعِبَادِهِۦ لَبَغَوْا۟ فِى ٱلْأَرْضِ وَلَـٰكِن يُنَزِّلُ بِقَدَرٍ مَّا يَشَآءُ ۚ إِنَّهُۥ بِعِبَادِهِۦ خَبِيرٌۢ بَصِيرٌ

    Wa-law basaṭal laahur Rizq̣a liʻIbaadihee labag̣aw fil ʹarḍi walaakiñy yunazzilu biq̣adarim maa yashaaaʹ. ʹInnahoo biʻIbaadihee Khabeerum Baṣeer.

    އަދި ﷲ އެކަލާނގެ އަޅުތަކުންނަށް ރިޒުގު ތަނަވަސްކޮށްލައި، ގިނަކޮށްލެއްވި ނަމަ، ހަމަކަށަވަރުން އެބައިމީހުން ބިމުގައި ބޮޑާވެ، އުރެދިގެންފީހެވެ. އަދި އެހެންނަމަވެސް، ﷲ އެކަލާނގެ އެދިވޮޑިގެންނެވި މިންވަރަކަށް ވަކި ހިސާބެއްގެ މަތީން އެކަލާނގެ އެ ރިޒުގު ބާވައިލައްވައެވެ. ހަމަކަށަވަރުން އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ އެންމެހައި حال ތަކެއްގެ خبر ދެނެވޮޑިގެންވާ، އަދި ބައްލަވާ ވޮޑިގެންވާ ކަލާނގެއެވެ.

  38. 42:28

    وَهُوَ ٱلَّذِى يُنَزِّلُ ٱلْغَيْثَ مِنۢ بَعْدِ مَا قَنَطُوا۟ وَيَنشُرُ رَحْمَتَهُۥ ۚ وَهُوَ ٱلْوَلِىُّ ٱلْحَمِيدُ

    Wa-Huwal laẓee yunazzilul g̣ays̤a mim baʻdi maa- q̣anaṭoo wa-yañshuru Raḥmatah. Wa-Huwal Waliyyul Ḥameed.

    އަދި އެކަލާނގެއީ ވާރޭފެން މަދުވެގެން خلق ތަކުން ނާއުއްމީދު ވުމަށްފަހު ވާރޭފެން ވެއްސަވާ ކަލާނގެއެވެ. އަދި އެކަލާނގެ ވާރޭފެނުގެ ރަޙުމަތް އެކަލާނގެ އެދިވޮޑިގެންނެވި ހުރިހާ ތަނަކަށް ފަތުރުއްވައެވެ. އަދި އެކަލާނގެއީ މުއުމިނު އަޅުތަކުންނަށް ސަހަރޯވެރިވެ ވޮޑިގެންވާ ކަލާނގެއެވެ. އަދި އެކަލާނގެއީ އެކަލާނގެ ދެއްވި އެންމެހައި ނިޢުމަތްތަކަށް حمد ލިބިވޮޑިގެންވާ ކަލާނގެއެވެ.

  39. 42:29

    وَمِنْ ءَايَـٰتِهِۦ خَلْقُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَثَّ فِيهِمَا مِن دَآبَّةٍ ۚ وَهُوَ عَلَىٰ جَمْعِهِمْ إِذَا يَشَآءُ قَدِيرٌ

    Wa-min ʹAayaatihee khalq̣us samaawaati wal-ʹarḍi wa-maa bas̤s̤a feehimaa miñ daaabbah: wa-Huwa ʻalaa jamʻihim ʹiẓaa yashaaaʹu Q̣adeer.

    އަދި އުޑުތަކާއި، ބިން ހައްދަވައި، އެ ތަންތަނަށް ދިރޭ އެންމެހައި ތަކެތި ހައްދަވައި، ފެތުރުއްވުން ވަނީ އެކަލާނގެ قدرة ތެރި ކަމުގެ އަލާމާތްތަކުގެ ތެރެއިންނެވެ. އަދި އެ ތަކެތި އެކަލާނގެ އިރާދަކުރައްވައިފީ ވިއްޔާ އިރާދަކުރައްވާ ވަގުތަކުން محشر ކުރައްވައި، ޖަމާކުރެއްވުމަށްވެސް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ވެއެވެ.

  40. 42:30

    وَمَآ أَصَـٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍ

    Wa-maaa ʹaṣaabakum mim muṣeebatiñ fabimaa kasabat ʹaydeekum wa-yaʻfoo ʻañ kas̤eer.

    އަދި ތިޔަބައިމީހުންނަށް ދިމާވާ ކޮންމެ مصيبة އަކީ ތިޔަބައިމީހުން އަތްތަކުން (އެބަހީ ތިޔަބައިމީހުންގެ ގުނަވަންތަކުން) ކުރި ކަންތަކުގެ ސަބަބުން ދިމާވާ مصيبة އެވެ. އެ ކަންކަމުގެ ޢުޤޫބާތުގެ ގޮތުންނެވެ. އަދި މީސްތަކުން ކުރާ ނުބައި ކަންތަކުގެ ގިނަ ފާފަ އެކަލާނގެ ފުއްސަވައި، ޢަފޫކުރައްވައެވެ.\nނޯޓު: މުއުމިނު އަޅާ ކުރި ފާފައެއްގެ ސަބަބުން ނޫނަސް، ބައެއް ފަހަރު އޭނާއަށް مصيبة ޖެހެއެވެ. ފަހެ އެއީ އޭނާއަށް ދިމާކުރައްވާ އިމްތިޙާނެކެވެ. އަދި އެފަދަ ކަންތަކަށް އެކަލާނގެ ތަޤުދީރުގައިވާ ފަދައަކުން އޭނާއަށް ދަރުމަޔާއި، ސަވާބު ދެއްވައެވެ. والله أعلم.

  41. 42:31

    وَمَآ أَنتُم بِمُعْجِزِينَ فِى ٱلْأَرْضِ ۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ

    Wa-maaa ʹañtum̃ bimuʻjizeena fil ʹarḍi lakum wa-maa miñ doonil laahi miñw waliyyiñw naṣeer. wa-laa

    އަދި ތިޔަބައިމީހުންނަކީ ބިމުގައި ނުކުޅައްދާލެވޭނޭ ބަޔަކު ކަމުގައި ނުވެއެވެ. (އެބަހީ ﷲ ގެ ޢަޒާބާއި، ކޯފާއިން، އަދި އެކަލާނގެ ޖައްސަވާ مصيبة އަކުން ދުރަށް ފިލައިގެން ދެވޭނޭ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވެއެވެ. އަދި ﷲ ފިޔަވައި އެއްވެސް ސަހަރޯވެރިޔަކުވެސް، އަދި ނަސްރުދޭނޭ މީހަކު ވިޔަސް ތިޔަބައިމީހުންނަކަށް ނުވެއެވެ.

  42. 42:32

    وَمِنْ ءَايَـٰتِهِ ٱلْجَوَارِ فِى ٱلْبَحْرِ كَٱلْأَعْلَـٰمِ

    Wa-min ʹAayaatihil jawaari fil baḥri kal-ʹaʻlaam.

    އަދި ކަނޑުގައި ބޮޑެތި ފަރުބަދަ ގޮތަށް ނުވަތަ ބޮޑެތި ޢިމާރާތް ފަދައިން ފެންނަ (ދުވެފައިދާ) ނައު / އުޅަނދުފަހަރު ކަނޑުގައި ދުވަމުން ދިއުމަކީ އެކަލާނގެ ކުޅަދުންވަންތަ ކަމުގެ ޢަލާމާތްތަކާއި، ހެކިތަކުގެ ތެރެއިން ވާ ކަމެކެވެ.

  43. 42:33

    إِن يَشَأْ يُسْكِنِ ٱلرِّيحَ فَيَظْلَلْنَ رَوَاكِدَ عَلَىٰ ظَهْرِهِۦٓ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّكُلِّ صَبَّارٍ شَكُورٍ

    ʹIñy yashaʹ yuskinir reeḥa fayaz̤̣lalna rawaakida ʻalaa z̤̣ahrih. ʹInna fee ẓaalika laʹAayaatil likulli ṣabbariñ shakoor.

    އަދި އެކަލާނގެ އެދިވޮޑިގެންފީ ވިއްޔާ އެ ނައުފަހަރު ދުވުމުގެ ސަބަބެއް ކަމުގައިވާ ވައި ހުއްޓުވައި، ވައި އެއްގޮތަކަށް ނުޖެހޭ ގޮތް ހައްދަވައިފާނެއެވެ. ދެން އޭރުން ކަނޑުމަތީގައި އެތަކެތި އެއްވެސް ޙަރަކާތެއް ނެތި (އެފަހަރަކު ޖެހޭ އޮޔަކަށް ގޮސްގޮސް) ހުރެދެއެވެ. ހަމަކަށަވަރުން އެ ކަންތަކުގައިވެސް ބަލާތަކާއި، މުސީބާތްތަކަށް ގިނަގިނައިން ކެތްކޮށް ﷲ ގެ نعمة ތަކަށް ގިނަގިނައިން ޝުކުރުކުރާ ކޮންމެ މީހަކަށް ކަނޑައެޅި ބަޔާންވެގެން ދަލީލު ވެއެވެ. (އެބަހީ ﷲ ވޮޑިގެން ވާކަމާއި، ކުޅަދުންވަންތަ ކަމުގެ ގަދަވެގެންވާ ދަލީލާއި، حجّة ވެއެވެ.)

  44. 42:34

    أَوْ يُوبِقْهُنَّ بِمَا كَسَبُوا۟ وَيَعْفُ عَن كَثِيرٍ

    ʹAw yoobiq̣hunna bimaa kasaboo wa-yaʻfu ʻañ kas̤eer.

    ނުވަތަ އެބައިމީހުން ކުރި ފާފަތަކުގެ ސަބަބުން ވައި ބާރުވެ، ކަނޑު ގަދަވެ، އެ އުޅަނދުފަހަރު ހަލާކު ކުރައްވައި، غرق ކުރެއްވުމަށް އެކަލާނގެ އެދިވޮޑިގެންފީ ވިއްޔާ އެހެންވެސް ހައްދަވައެވެ. އަދި އެބައިމީހުންގެ ފާފައިގެ ތެރެއިން ވަރަށް ގިނަ ފާފަ އެކަލާނގެ ނުހިއްޕަވައި عفوء ކުރައްވައެވެ.

  45. 42:35

    وَيَعْلَمَ ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِنَا مَا لَهُم مِّن مَّحِيصٍ

    Wa-yaʻlamal laẓeena yujaadiloona feee Aayaatinaa, maa-ʹ lahum mim maḥeeṣ.

    އަދި ތިމަން ރަސްކަލާނގެ އާޔަތްތަކާމެދު ދެކޮޅުހަދައި، جدل ކޮށްއުޅޭ މީސްތަކުންނަށް އެފަދަ ވަޤުތުގައި އެބައިމީހުން ފިލައިގެން، ސަލާމަތްވާން ދާނޭ ތަނެއް ދެން ނެތްކަން އެމީހުންނަށް ރަނގަޅަށް އެނގިދާނެއެވެ.

  46. 42:36

    فَمَآ أُوتِيتُم مِّن شَىْءٍ فَمَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَمَا عِندَ ٱللَّهِ خَيْرٌ وَأَبْقَىٰ لِلَّذِينَ ءَامَنُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ

    Famaaa ʹooteetum miñ shayʹiñ famataaʻul ḥayaatid dunyaa: wa-maa ʻiñdal laahi khayruñw waʹabq̣aa lillaẓeena ʹaamanoo wa-ʻalaa Rabbihim yatawakkaloon;

    ރިޒުގުގެ ތަނަވަސްކަމާއި، މުއްސަނދިކަމުގެ ތެރެއިން ތިޔަބައިމީހުންނަށް ދެވުނުކޮންމެ އެއްޗަކީ، ކޮންމެ نعمة އަކީ، އެއީ ދުނިޔޭގެ حياة ގައި ބޭނުންކޮށްލެވޭ ދާދި ކުޑަ އެއްޗެކެވެ. ދާދި އަވަހަށް ފިލައިދަނިވި އެއްޗެކެވެ. އަދި (ﷲ އަށް ކިޔަމަންތެރިވި އަޅުންނަށް) ﷲ ގެ حضرة ގައި ވާ ثواب އާއި، ދަރުމަ މާ ހެޔޮވެގެން ވެއެވެ. އަދި ދެމިހުރުން މާ ބޮޑުވެގެން ވެއެވެ. އެއީ ފިލައިދާނޭ ތަކެއްޗެއް ނޫނެވެ. އެ ތަކެއްޗަކީ ތިމާމެންގެ ربّ އަށް إيمان ވެ، ހަމައެކަނި އެކަލާނގެއަށް وكيل ކޮށް، ބަރޯސާކުރި މީހުންނަށް خاصّ ވެގެންވާ ތަކެއްޗެވެ.

  47. 42:37

    وَٱلَّذِينَ يَجْتَنِبُونَ كَبَـٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ وَإِذَا مَا غَضِبُوا۟ هُمْ يَغْفِرُونَ

    Wallaẓeena yajtaniboona kabaaaʹiral ʹis̤mi wal-fawaaḥisha waʹiẓaa maa- g̣aḍiboo hum yag̣firoon;

    އަދި އެމީހުންނަކީ ފާފައިގެ ތެރެއިން ބޮޑެތި ފާފަޔާއި، فاحش ކަންތައްތަކުން ދުރުވެގަންނަ މީހުންނެވެ. އަދި އެމީހުންނަކީ ރުޅިއަތުވެއްޖެއްޔާއި، (ރުޅި ކައިލައި) ރުޅީގެ އަސަރު ނުދައްކާ މީހުންނެވެ.

  48. 42:38

    وَٱلَّذِينَ ٱسْتَجَابُوا۟ لِرَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ

    Wallaẓeenas tajaaboo li-Rabbihim wa-ʹaq̣aamuṣ Ṣalaah; wa-ʹamruhum SHOORAA baynahum; wa-mimmaa razaq̣naahum yuñfiq̣oon;

    އަދި އެމީހުންނަކީ ތިމާމެންގެ ربّ އަށް އިޖާބަދީ، އަދި ނަމާދު قائم ކޮށް، އަދި ތިމާގެ ކަންކަމުގައި އެކަކު އަނެކަކާ مشورة ކޮށް، އަދި ތިމަން ރަސްކަލާނގެ އެމީހުންނަށް ދެއްވި ތަކެތީން (ހެޔޮގޮތުގައި) ހޭދަކުރާ މީހުންނެވެ.

  49. 42:39

    وَٱلَّذِينَ إِذَآ أَصَابَهُمُ ٱلْبَغْىُ هُمْ يَنتَصِرُونَ

    Wallaẓeena ʹiẓaaa ʹaṣaabahumul bag̣yu hum yañtaṣiroon.

    އަދި އެމީހުންނަކީ އެމީހުންނަށް بغاوة އެއް ދިމާވެއްޖެއްޔާ (އެބަހި، އެމީހުންނަށް ބަޔަކު އަނިޔާއެއް ކޮށް އުނދަގުލެއް ކޮށްފިއްޔާ) ނަޞްރުހޯދާ މީހުންނެވެ.

  50. 42:40

    وَجَزَٰٓؤُا۟ سَيِّئَةٍ سَيِّئَةٌ مِّثْلُهَا ۖ فَمَنْ عَفَا وَأَصْلَحَ فَأَجْرُهُۥ عَلَى ٱللَّهِ ۚ إِنَّهُۥ لَا يُحِبُّ ٱلظَّـٰلِمِينَ

    Wa-jazaaaʹu sayyiʹatiñ sayyiʹatum mis̤luhaa: faman ʻafaa wa-ʹaṣlaḥa faʹajruhoo ʻalal laah: ʹinnahoo laa- yuḥibbuz̤̣ z̤̣aalimeen.

    އަދި ނުބައިކަމުގެ ޖަޒާއަކީ އެފަދަ ނުބައެކެވެ. ﷲ تعالى އަންގަވާފައިވާ ފަދައިންނެވެ. އެބަހީ، މީހަކު މީހަކާ ދިމާއަށް ހުތުރު އެއްޗެއް ބުނެފިއްޔާ، ހަމަ އެފަދަ ހުތުރު އެއްޗެއް އޭނާޔާ ދިމާއަށް ބުނެ ރައްދު ކުރުމެވެ. ޖެހީމައި ޖެހުމެވެ. ނަމަވެސް عدل ވެރި ގޮތުގައެވެ. ދެންފަހެ، ބަދަލަށް ބަދަލު ނުހިފައި عفوء ކޮށް إصلاح ކޮށްފި މީހާ ދަންނައެވެ. އެމީހާގެ ދަރުމަޔާއި ثواب، ﷲ ގެ حضرة ގައި ވެއެވެ. ހަމަކަށަވަރުން އަނިޔާވެރީންނަށް އެކަލާނގެ ލޯބިވެ ވޮޑިގެން ނުވެއެވެ.

  51. 42:41

    وَلَمَنِ ٱنتَصَرَ بَعْدَ ظُلْمِهِۦ فَأُو۟لَـٰٓئِكَ مَا عَلَيْهِم مِّن سَبِيلٍ

    Wa-lamaniñ taṣara baʻda z̤̣ulmihee faʹulaaaʹika maa- ʻalayhim miñ sabeel.

    އަދި ތިމާއަށް އަނިޔާއެއް ލިބި، އެ އަނިޔާގެ ބަދަލު އަތުލައިގަތުމަށްފަހު ދެން އަލުން އެ އަނިޔާކުރި މީހާއަށް އަނިޔާކޮށް، ދިމާކުރެވޭނޭ އެއްވެސް މަގެއް ނެތެވެ.

  52. 42:42

    إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَظْلِمُونَ ٱلنَّاسَ وَيَبْغُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ ۚ أُو۟لَـٰٓئِكَ لَهُمْ عَذَابٌ أَلِيمٌ

    ʹInnamas sabeelu ʻalal laẓeena yaz̤̣limoonan naasa wa-yabg̣oona fil ʹarḍi big̣ayril ḥaq̣q̣: ʹulaaaʹika lahum ʻAẓaabun ʹaleem.

    ނަމަވެސް عقوبة އެއް ދީ ދިމާކުރެވޭނޭކަން ކަށަވަރީ (އަލުންބަލުން ފަށައިގެން) މީސްތަކުންނަށް އަނިޔާކޮށް، އަދި އެއްވެސް حقّ އެއް ނެތި ބިން ފަސާދަކުރާ މީހުންނާއެވެ. އެފަދަ މީހުންނަށް ހުރީ ވޭންދެނިވި عذاب އެވެ.

  53. 42:43

    وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنْ عَزْمِ ٱلْأُمُورِ

    Wa-lamañ ṣabara wa-g̣afara ʹinna ẓaalika lamin ʻazmil ʹumoor.

    އަދި ހަމަކަށަވަރުން (ބަދަލުހިފުމަށް ކުލަދާނަވެގެން ވުމާއެކު، އަނިޔާކުރި މީހާއަށް) عفوء ކޮށް، ކެތްތެރިވުން ދަންނައެވެ. އެއީ شريعة އެކަންކަމަށް ترحيب ދީ، ހިތްވަރުދޭ އަގުހުރި ކަންކަމުގެ ތެރެއިން ވާ ކަންކަމެވެ. އެފަދަ ކަންކަމުގެ ދަރުމަ ބޮޑުވެގެން ވެއެވެ.

  54. 42:44

    وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِن وَلِىٍّ مِّنۢ بَعْدِهِۦ ۗ وَتَرَى ٱلظَّـٰلِمِينَ لَمَّا رَأَوُا۟ ٱلْعَذَابَ يَقُولُونَ هَلْ إِلَىٰ مَرَدٍّ مِّن سَبِيلٍ

    Wa-mañy yuḍli lillaahu famaa lahoo miñw waliyyim mim baʻdih. Wa-taraz̤̣ z̤̣aalimeena lammaa raʹawul ʻaẓaaba yaq̣ooloona hal ʹilaa maraddim miñ sabeel?

    އަދި ﷲ އެމީހަކު މަގުފުރައްދަވައިފި އެއްވެސް މީހަކަށް އެކަލާނގެއަށްފަހު (ދެން އޭނާއަށް ތެދުމަގު ދައްކައި އެހީވާނޭ) އެއްވެސް ސަހަރޯވެރިޔަކު ނުވެއެވެ. އަދި އަނިޔާވެރީންތައް އެބަހީ- (مشرك ންތައް) - قيامة ދުވަހުން عذاب ފެންނަ ހިނދުން ބުނާނެއެވެ. ބުނާތަން ކަލޭ ދެކޭނެއެވެ. (ދުނިޔެއަށް އަލުން) ދެވޭނޭ އެއްވެސް މަގެއް ވޭހެއްޔެވެ؟

  55. 42:45

    وَتَرَىٰهُمْ يُعْرَضُونَ عَلَيْهَا خَـٰشِعِينَ مِنَ ٱلذُّلِّ يَنظُرُونَ مِن طَرْفٍ خَفِىٍّ ۗ وَقَالَ ٱلَّذِينَ ءَامَنُوٓا۟ إِنَّ ٱلْخَـٰسِرِينَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ وَأَهْلِيهِمْ يَوْمَ ٱلْقِيَـٰمَةِ ۗ أَلَآ إِنَّ ٱلظَّـٰلِمِينَ فِى عَذَابٍ مُّقِيمٍ

    Wa-taraahum yaʻraḍoona ʻalayhaa khaashiʻeena minaẓ ẓulli yañz̤̣uroona miñ ṭarfin khafiyy. Wa-q̣aalal laẓeena ʹaamanooo ʹinnal khaasireenal laẓeena khasirooo ʹañfusahum wa-ʹahleehim Yawmal Q̣iyaamah. ʹAlaaa ʹinnaz̤̣ z̤̣aalimeena fee ʻAẓaabim muq̣eem!

    އެ عذاب އަށް - ނަރަކައިގެ عذاب އަށް - އެމީހުން ހުށަހެޅޭ ތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. ނިކަމެތިކަމާއި، ދެރަކަމުގެ ނިހާޔަތަށް ގޮސް، ބިރުން ފެންކަޅިވެގެންވާ حال ގައެވެ. (އަޅައިލާނޭ އެއްވެސް އެހީތެރިޔަކު ނުވާނެއެވެ.) އަދި ލޮލުގެ ކޮޅުން ފަނޑު ބެލުމަކުން ހިތާމަވެރި، ދެރަ ބެލުމަކުން ބަލައިލާނެއެވެ. އެހިނދުގައި إيمان ވީ މީސްތަކުން ބުނާނެއެވެ. ހަމަކަށަވަރުން ގެއްލި ހަލާކުވެގެންވާ މީހުންނަކީ އެމީހުންގެ نفس ތަކާއި، އަދި أهل ވެރީންވެސް قيامة ދުވަހުން ގެއްލުވައިލި މީހުންނެވެ. ދަންނާށެވެ. ހަމަކަށަވަރުން އަނިޔާވެރީން އެބަހީ مشرك ން ވަނީ އަބަދީ عذاب ގައި قائم ވެގެންނެވެ.

  56. 42:46

    وَمَا كَانَ لَهُم مِّنْ أَوْلِيَآءَ يَنصُرُونَهُم مِّن دُونِ ٱللَّهِ ۗ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِن سَبِيلٍ

    Wa-maa kaana lahum min ʹawliyaaaʹa yañṣuroonahum miñ doonil laah. Wa-mañy yuḍlilil laahu famaa lahoo miñ sabeel.

    އަދި ﷲ ފިޔަވައި އެމީހުންނަށް نصر ދޭނޭ އެއްވެސް ولى އަކު، ސަހަރޯވެރިޔަކު އެމީހުންނަކަށް ނުވެއެވެ. އަދި ﷲ މަގުފުރައްދަވައިފި އަޅަކަށް ދެން ތެދުމަގު ލިބޭނޭ އެއްވެސް ގޮތެއް ނުވެއެވެ. އެއްވެސް މަގެއް ނެތެވެ.

  57. 42:47

    ٱسْتَجِيبُوا۟ لِرَبِّكُم مِّن قَبْلِ أَن يَأْتِىَ يَوْمٌ لَّا مَرَدَّ لَهُۥ مِنَ ٱللَّهِ ۚ مَا لَكُم مِّن مَّلْجَإٍ يَوْمَئِذٍ وَمَا لَكُم مِّن نَّكِيرٍ

    ʹIstajeeboo li-Rabbikum miñ q̣abli ʹañy yaʹtiya Yawmul laa maradda lahoo min allaah. maa- lakum mim maljaʹiñy Yawmaʹiẓiñw Wa-Maa lakum min nakeer.

    (އޭ މީސްތަކުންނޭވެ.) އެދުވަހެއް އަނބުރާ ރައްދު ނުކުރެވޭނޭ ގޮތުން ﷲ ގެ حضرة ން އަންނަ قيامة ދުވަސް އައުމުގެ ކުރީން ތިޔަބައިމީހުން ތިޔަބައިމީހުންގެ ربّ އަށް އިޖާބަ ދޭށެވެ. (އެކަލާނގެއަށާއި، ފޮތަތަކަށާއި، رسول ންނަށާއި، ދެންވެސް އެފަރާތްތަކަށް އީމާންވުމަށް ގޮވޭ دعوت އަށް ތިޔަބައިމީހުން ޖަވާބުދޭށެވެ. އެ ބަސް އަހައި ކިޔަމަން ވާށެވެ.) އެ ދުވަހުން عذاب ލިބުމަށް ކަނޑައެޅިފައިވާ ބަޔަކު އެ عذاب ން ފިލައިގެން ރައްކާތެރިވެ، ސަލާމަތްވާން ދާނޭ އެއްވެސް ތަނެއް ނޯންނާނެއެވެ. އަދި ދެން އެ ދުވަހުން، އެދުވަހާމެދު، އަދި އެ ދުވަހު ހުރި ކަންކަމާމެދު إنكار ކޮށް ދެކޮޅުހަދާނޭ ހަމަ އެކަކުވެސް ނުހުންނާނެއެވެ. (އެހެނީ އެ ހުރިހާ ކަމެއް ލޯތަކަށް تمثيل ވާނެއެވެ.)

  58. 42:48

    فَإِنْ أَعْرَضُوا۟ فَمَآ أَرْسَلْنَـٰكَ عَلَيْهِمْ حَفِيظًا ۖ إِنْ عَلَيْكَ إِلَّا ٱلْبَلَـٰغُ ۗ وَإِنَّآ إِذَآ أَذَقْنَا ٱلْإِنسَـٰنَ مِنَّا رَحْمَةً فَرِحَ بِهَا ۖ وَإِن تُصِبْهُمْ سَيِّئَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ فَإِنَّ ٱلْإِنسَـٰنَ كَفُورٌ

    Faʹin ʹaʻraḍoo famaaa ʹarsalnaaka ʻalayhim ḥafeez̤̣aa. ʹIn ʻalayka ʹillal balaag̣. Wa-ʹinnaaa ʹiẓaaa ʹaẓaq̣nal ʹiñsaana minnaa Raḥmatañ fariḥa bihaa: wa-ʹiñ tuṣibhum sayyiʹatum bimaa q̣addamat ʹaydeehim faʹinnal ʹiñsaana kafoor!

    (އޭ رسول الله އެވެ.) އެމީހުން ކަލޭގެފާނަށް އީމާން ނުވެ، އަދި ދަޢުވަތަށް އިޖާބަ ނުދީ، އެނބުރި ފުރަގަސްދިނަސް (ކަލޭގެފާނަކަށް ލިބޭނޭ އެއްވެސް ގެއްލުމެއް ނެތެވެ.) އެހެނީ އެމީހުންގެ عمل ތަކަށް ބަލައި، ޗެކުކޮށް، އެއަށް ރައްކާތެރިވާ ބޭކަލަކު ކަމުގައި ތިމަން ރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ. رسول ކަން އިއްވަވައި، تبليغ ކުރެއްވުން ނޫނީ ކަލޭގެފާނަކަށް ނުވެއެވެ.\nއަދި (އިންސާނާގެ قواعد އަކީ) ތިމަން ރަސްކަލާނގެ އެ އިންސާނާއަށް ތިމަން ރަސްކަލާނގެ حضرة ން رحمة ގެ ރަހައެއް ދައްކަވައިފިއްޔާ، (نعمة އެއް ދެއްވައި، ތަނަވަސްކަމެއް ދެއްވައި ފިއްޔާ) އެކަމަށް ވަރަށް އުފާކޮށް، މަޖާ ނަގައި (ސަޅިކަނޑައި) ހަދާނެއެވެ. އަދި އެމިހުންގެ އަތްތައް އިސްކޮށްފައިވާ ކަންކަމުން (އެބަހީ އެމީހުން ކުރި ނުބައި ކަންކަމުން) ކޮންމެވެސް ނުބައެއް ދިމާވެއްޖެއްޔާ (ތަދުމަޑުކަމެއް / ބަލާއެއް / އުނދަގުލެއް ޖެހިއްޖެއްޔާ) ގިނަގިނައިން ކާފަރުވާ މީހަކު ކަމުގައި އިންސާނާ ވެދެއެވެ. (އިސްވެދިޔަ އެންމެހައި نعمة އަކާއި، ތަނަވަސްކަމެއް ހަނދާން ނެތިދެއެވެ.)

  59. 42:49

    لِّلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ يَخْلُقُ مَا يَشَآءُ ۚ يَهَبُ لِمَن يَشَآءُ إِنَـٰثًا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ

    Lillaahi mulkus samaawaati wal-ʹarḍ. Yakhluq̣u maa- yashaaaʹ. Yahabu limañy yashaaaʹu ʹinaas̤añw wa-yahabu limañy yashaaaʹuẓ ẓukoor,

    އުޑުތަކާއި، ބިމުގައި ވާހައި ތަކެތި މިލްކުވެ خاصّ ވެގެން ވަނީ ހަމައެކަނި ﷲ އަށެވެ. އެކަލާނގެ އެދިވޮޑިގަތް އެއްޗެއް، އެދިވޮޑިގަތް ގޮތަކަށް ހައްދަވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އަންހެން ދަރީން ދެއްވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ފިރިހެން ދަރީން ދެއްވައެވެ.

  60. 42:50

    أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَـٰثًا ۖ وَيَجْعَلُ مَن يَشَآءُ عَقِيمًا ۚ إِنَّهُۥ عَلِيمٌ قَدِيرٌ

    ʹAw yuzawwijuhum ẓukraanañw waʹinaas̤aa; wa-yajʻalu mañy yashaaaʹu ʻaq̣eemaa: ʹinnahoo ʻAleemuñ Q̣adeer.

    ނުވަތަ އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ފިރިހެން ކުދީންނާއި، އަންހެން ކުދީން ދެއްވައެވެ. ދެވައްތަރު ޖަމަޢަކޮށްދެއްވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކު، ދަރީން ނުލިބޭ މީހަކު ކަމުގައި ލައްވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ކަލާނގެއެވެ.

  61. 42:51

    ۞ وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ ٱللَّهُ إِلَّا وَحْيًا أَوْ مِن وَرَآئِ حِجَابٍ أَوْ يُرْسِلَ رَسُولًا فَيُوحِىَ بِإِذْنِهِۦ مَا يَشَآءُ ۚ إِنَّهُۥ عَلِىٌّ حَكِيمٌ

    Wa-maa kaana libasharin ʹañy yukallimahul laahu ʹillaa Waḥyan ʹaw miñw waraaaʹi ḥijaabin ʹaw yursila rasoolañ fayooḥiya biʹiẓnihee maa- yashaaaʹ: ʹinnahoo ʻAliyyun Ḥakeem.

    وحي ގެ ގޮތުން ނުވަތަ حجاب އެއްގެ (ފަރުދާއެއްގެ) އަނެއް ފަރާތުން ނުވަތަ ملائكة ންގެ ތެރެއިން رسول އަކު ފޮނުއްވައިގެން މި ތިން ގޮތުން ކުރެ ގޮތަކުން މެނުވީ އެއްވެސް މީހަކަށް ﷲ ބަސްފުޅު وحي ކުރެއްވުމަކީވެސް އާދަމުގެ ދަރިޔަކަށް އޮތްކަމެއް ނޫނެވެ. ވާނޭ ކަމެއް ނޫނެވެ. [މިތަނުން ފުރަތަމަ ގޮތަކީ\n• وحي އެވެ. އެއީ ވަރަށް އަވަސްގޮތަކަށް ވަންހަނާކޮށް ހިތަށް އެއްޗެއް ވިސްނައިދެއްވުމެވެ. موسى ގެފާނުންގެ މަންމައަށް وحي އައީ އެގޮތަށެވެ. އެބާވަތުގެ وحي އަށް އިލްހާމުވެސް ކިޔައެވެ.\n• ދެވަނަ ގޮތަކީ ފަރުދާއެއްގެ އަނެއް ފަރާތުން ﷲ ނުފެންނަ ގޮތަށް އަޑު އެކަނި އަންނަގޮތަށް وحي ގެ ކަންތައް ހަމަޖެހުމެވެ. موسى عَلَيْهِ السلام އަށް وحيބާވައިލެއްވީ އެގޮތަށެވެ.\n• ތިންވަނަ ގޮތަކީ ملائكة އާ، يعني جبريل عَلَيْهِ السلام ވަޑައިގެން ﷲ ގެ ބަސްފުޅު. އެކަލާނގެ إذن ފުޅަށް ملائكة އާ ބަސްފުޅު އިއްވަވައެވެ.]\nހަމަކަށަވަރުން އެކަލާނގެއީ ދެނެވޮޑިގެންވާ އަދި حكمة ވަންތަ ކަލާނގެއެވެ.

  62. 42:52

    وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ رُوحًا مِّنْ أَمْرِنَا ۚ مَا كُنتَ تَدْرِى مَا ٱلْكِتَـٰبُ وَلَا ٱلْإِيمَـٰنُ وَلَـٰكِن جَعَلْنَـٰهُ نُورًا نَّهْدِى بِهِۦ مَن نَّشَآءُ مِنْ عِبَادِنَا ۚ وَإِنَّكَ لَتَهْدِىٓ إِلَىٰ صِرَٰطٍ مُّسْتَقِيمٍ

    Wa-kaẓaalika ʹawḥaynaaa ʹilayka Rooḥam min ʹamrinaa: maa- kuñta tadree mal kitaabu wa-lal ʹeemaanu wa-laakiñ jaʻalnaahu Nooran nahdee bihee man nashaaaʹu min ʻIbaadinaa: wa-ʹinnaka latahdeee ʹilaa Ṣiraaṭim Mustaq̣eem,―

    (އޭ رسول الله އެވެ!) ތިމަން ރަސްކަލާނގެ ކަލޭގެފާނަށް روح އެއް (އެބަހީ قرآن) ބާވައިލެއްވީ އެފަދައިންނެވެ. (قرآن އަކީ روح އެކެވެ. އެހެނީ ކާފަރު ކަމުގެ މަރުން ހިތްތައް ދިރުވުން އެ قرآن ގައި ވެއެވެ. މީސްތަކުންނަށް އެ قرآن ން ތެދުމަގު ލިބޭނެއެވެ.\nއަދި ކަލޭގެފާނަށް (އެ قرآن ބާވައިލެއްވުމުގެ ކުރީން) ފޮތަކީ ކޮން އެއްޗެއް ކަމެއް އަދި إيمان ކަމަކީ ކޮން އެއްޗެއް ކަމެއް އެނގިވަޑައިގަންނަވާ ކަމުގައި ނުވެއެވެ. އަދި އެހެންނަމަވެސް ތިމަން ރަސްކަލާނގެ އެ قرآن ލެއްވީ ތިމަން ރަސްކަލާނގެ އަޅުތަކުންކުރެ ތިމަން ރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް هداية يعني ތެދުމަގު ލިބޭނޭ އެއްޗެއް ކަމުގައެވެ. ހަމަކަށަވަރުން ކަލޭގެފާނު ތެދުމަގު ދައްކަވަނީ ސީދާވެގެންވާ މަގަށެވެ. އެއީ

  63. 42:53

    صِرَٰطِ ٱللَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ أَلَآ إِلَى ٱللَّهِ تَصِيرُ ٱلْأُمُورُ

    Ṣiraaṭil laahil laẓee lahoo maa- fis samaawaati wa-maa fil ʹarḍ; ʹAlaaa ʹilal laahi taṣeerul ʹumoor.

    ﷲ ގެ މަގެވެ. ﷲ އެއީ އުޑުތަކާއި، ބިމުގައި ވާހައި ތަކެތި އެކަލާނގެއަށް ملك ވެ، خاصّ ވެގެންވާ ކަލާނގެއެވެ. އެއީ ހައްތާވެސް އެކަލާނގެ ތަކެއްޗެވެ. އެކަލާނގެ ބޭނުންފުޅު ގޮތަކަށް އެތަކެއްޗާމެދު ކަން ހިންގަވައެވެ. ދަންނާށެވެ. (قيامة ދުވަހުން) އެންމެހައި ތަކެތި އަދި އެންމެހައި ކަމެއް رجوع ވެ واصل ވުން ވަނީ ހަމަ ﷲ ގެ حضرة އަށެވެ.

  64. Surah Az-ZukhrufBegins here at 43:1

  65. 43:1

    حمٓ

    Ḥaa-Meeem.

    حم މި އަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.

  66. 43:2

    وَٱلْكِتَـٰبِ ٱلْمُبِينِ

    Wal-Kitaabil Mubeen,―

    ބަޔާންވެގެންވާ ކީރިތި قرآن ގަންދެއްވައި ﷲ تعالى ހުވައި وحي ކުރައްވައެވެ. (މި ހުވައިގެ جواب އަކީ ހަމަކަށަވަރުން قرآن އަކީ هداية އެކެވެ. މީސްތަކުންނަށް ވާ ތެދުމަގެކެވެ.)

  67. 43:3

    إِنَّا جَعَلْنَـٰهُ قُرْءَٰنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ

    ʹInnaa jaʻalnaahu Q̣urʹaanan ʻArabiyyal laʻallakum taʻq̣iloon.

    ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެ قرآن ބާވައިލެއްވީ عرب ބަހުންނެވެ. عرب قرآن އެއް ކަމުގައި އެ قرآن ލެއްވީމެވެ. އެއީ ތިޔަބައިމީހުން ވިސްނައި، فكر ކުރުމަށް ޓަކައެވެ.

  68. 43:4

    وَإِنَّهُۥ فِىٓ أُمِّ ٱلْكِتَـٰبِ لَدَيْنَا لَعَلِىٌّ حَكِيمٌ

    Wa-ʹinnahoo feee ʹUmmil Kitaabi ladaynaa laʻaliyyun Ḥakeem.

    އަދި ހަމަކަށަވަރުން އެ ފޮތް ވަނީ أصل ފޮތުގައި ލިޔެވިގެންނެވެ. އެބަހީ لوح المحفوظ ގައި ތިމަން ރަސްކަލާނގެ حضرة ގައެވެ. އެ ފޮތަކީ އެ ފޮތުގެ قدر އާއި، މިންވަރު މަތިވެރިވެ އުފުލިގެންވާ، އަދި އެ ފޮތުގެ حكم ތައް ގަދަވެގެންވާ ސީދާ ފޮތެވެ.

  69. 43:5

    أَفَنَضْرِبُ عَنكُمُ ٱلذِّكْرَ صَفْحًا أَن كُنتُمْ قَوْمًا مُّسْرِفِينَ

    ʹA-fanaḍribu ʻañkumuẓ Ẓikra ṣafḥan ʹañ kuñtum q̣awmam musrifeen?

    (އެންމެހައި ކާފަރުންނާއި، مشرك ންނޭވެ!) ތިޔަބައިމީހުންނީ ނުބައި ކަންތަކުގައި ހައްދު ފަހަނަޅައިގެން ގޮސްފައިވާ ބަޔަކު ކަމުގައި ވީހިނދުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުން އުޅޭނޭ ގޮތަކަށް އުޅުމަށް، މި قرآن ވެސް ބާވައި ނުލައްވައި ހަމަ ބޭކާރުކޮށް ދޫކޮށްލާންވީ ހެއްޔެވެ؟\nދަންނައެވެ. މި އާޔަތުގެ ترجمة އަދި تفسير އެތައް ގޮތަކަށް ލިޔެވިގެން ވެއެވެ. މިތާ ލިޔެފައި މިވަނީ އޭގެ ތެރެއިން އެއް ގޮތެވެ. والله أعلم.

  70. 43:6

    وَكَمْ أَرْسَلْنَا مِن نَّبِىٍّ فِى ٱلْأَوَّلِينَ

    Wa-kam ʹarsalnaa min nabiyyiñ fil ʹawwaleen?

    އަދި އިސްވެދިޔަ أمّة ތަކަށް ތިމަން ރަސްކަލާނގެ ކިތައްކިތައް نبي ބޭކަލުން ފޮނުވިން ހެއްޔެވެ؟ އެބަހީ ވަރަށް ގިނަ ބޭކަލުން ފޮނުއްވީމެވެ.

  71. 43:7

    وَمَا يَأْتِيهِم مِّن نَّبِىٍّ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ

    Wa-maa yaʹteehim min nabiyyin ʹillaa kaanoo bihee yastahziʹoon.

    އަދި އެ މީސްމީހުންގެ ގާތަށް - އެ أمّة ތަކަށް - نبي ބޭކަލަކު ވަޑައިގެންނެވި ކޮންމެ ހިނދެއްގައި އެ ބޭކަލަކަށް މަލާމާތްކޮށް، ފުރައްސާރަކޮށް، ގޮއްވާ ނުހަދާ އެއް ބޭކަލަކުވެސް އެއް أمّة އަކަށްވެސް رسول ކަމާއިގެން ވަޑައި ނުގަންނަވައެވެ. (ހުރިހާ ބޭކަލުންނަށްވެސް އެ أمّة އެއްގެ މީހުން ކަންތައްކުރީ އެފަދައިންނެވެ.)

  72. 43:8

    فَأَهْلَكْنَآ أَشَدَّ مِنْهُم بَطْشًا وَمَضَىٰ مَثَلُ ٱلْأَوَّلِينَ

    Faʹahlaknaaa ʹashadda minhum̃ baṭshañw wamaḍaa Mas̤alul ʹawwaleen.

    ފަހެ މިތިބަ قريش ންނަށްވުރެ ބާރުގެ ގޮތުން މާ ގަދަފަދަ (ފުދުންތެރިކަމުގެ ގޮތުން މާ ބޮޑަށް އަރައިތިބި) އެތައް އެތައް قوم އެއްގެ ވާހަކަ މި قرآن ގައިވެސް بيان ވެ ذكر ކުރެވިގެން ހިނގައްޖެއެވެ. އެ އެންމެންވެސް (ނުކިޔަމަންތެރި ވީހިނދުން) ތިމަން ރަސްކަލާނގެ ހަލާކު ކުރައްވައި ބަރުބާދުކުރެއްވީމެވެ. (ވީމާ قريش ންނަށްވެސް ބަސްނޭހީމާ ވާނީ ހަމަ އެގޮތެވެ. ނުވަތަ އެއަށްވުރެވެސް ދަށް، ނިކަމެތި ގޮތެކެވެ.)

  73. 43:9

    وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ خَلَقَهُنَّ ٱلْعَزِيزُ ٱلْعَلِيمُ

    Wa-laʹiñ saʹaltahum man khalaq̣as samaawaati wal-ʹarḍa layaq̣oolunna khalaq̣ahunnal ʻAzeezul ʻAleem;―

    (އޭ رسول الله އެވެ!) އުޑުތަކާއި ބިން ހެއްދެވީ ކާކުތޯ ކަލޭގެފާނު އެމީހުން ކުރެން އައްސަވައިފިއްޔާއި ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އެތަކެތި ހެއްދެވީ عزّة ވަންތަ، އަދި ހުރިހައި ކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.

  74. 43:10

    ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ مَهْدًا وَجَعَلَ لَكُمْ فِيهَا سُبُلًا لَّعَلَّكُمْ تَهْتَدُونَ

    ʹAllaẓee jaʻala lakumul ʹarḍa mahdañw wajaʻala lakum feehaa subulal laʻallakum tahtadoon;

    އެކަލާނގެއީ ތިޔަބައިމީހުންނަށް ޓަކައި ތަންމައްޗެއް ކަމުގައި ބިން ލެއްވި ކަލާނގެއެވެ. އަދި އެ ބިމުގައި މަގުތައް ލެއްވި ކަލާނގެއެވެ. އެއީ ތިޔަބައިމީހުން ދުނިޔޭގައި އުޅުމުގައި ހިނގާބިނގާވެ، ތަންތަނަށް ގޮސްއައިސްވުން ފަސޭހަވެ، ލުއިވުމަށް ޓަކައެވެ.

  75. 43:11

    وَٱلَّذِى نَزَّلَ مِنَ ٱلسَّمَآءِ مَآءًۢ بِقَدَرٍ فَأَنشَرْنَا بِهِۦ بَلْدَةً مَّيْتًا ۚ كَذَٰلِكَ تُخْرَجُونَ

    Wallaẓee nazzala minas samaaaʹi maaaʹam biq̣adar;― faʹañsharnaa bihee baldatam maytaa; kaẓaalika tukhrajoon;―

    އަދި އެކަލާނގެއީ ވަކި މިންވަރެއްގެ މަތީން، އުޑުން ވާރޭފެން ބާވައިލެއްވި ކަލާނގެއެވެ. އަދި މަރުވެފައިވާ ރަށް ތިމަން ރަސްކަލާނގެ އެ ފެނުން ދިރުއްވަމެވެ. (އެ ބިމުން ގަސްތައް ނެރުއްވައި، ފެހިކޮށްލައްވަމެވެ.) ތިޔަބައިމީހުން محشر ވުމަށް ޓަކައި ކަށްވަޅުތަކުން (قيامة ދުވަހުން) ނުކުންނާނީ އެފަދައިންނެވެ.

  76. 43:12

    وَٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا وَجَعَلَ لَكُم مِّنَ ٱلْفُلْكِ وَٱلْأَنْعَـٰمِ مَا تَرْكَبُونَ

    Wallaẓee khalaq̣al ʹazwaaja kullahaa wa-jaʻala lakum minal fulki wal-ʹanʻaami maa- tarkaboon.

    އަދި އެކަލާނގެއީ ހުރިހައި ވައްތަރެއްގެ ތަކެތީގެ ޖޯޑުޖޯޑު ލެއްވި ކަލާނގެއެވެ. އަދި ތިޔަބައިމީހުންނަށް ޓަކައި ފުރާދުއްވާ އުޅަނދުފަހަރާއި، نعم ސޫފީގެ ތެރެއިން ތިޔަބައިމީހުން ސަވާރުވާނޭ ތަކެތި އެކަލާނގެ ލެއްވިއެވެ.

  77. 43:13

    لِتَسْتَوُۥا۟ عَلَىٰ ظُهُورِهِۦ ثُمَّ تَذْكُرُوا۟ نِعْمَةَ رَبِّكُمْ إِذَا ٱسْتَوَيْتُمْ عَلَيْهِ وَتَقُولُوا۟ سُبْحَـٰنَ ٱلَّذِى سَخَّرَ لَنَا هَـٰذَا وَمَا كُنَّا لَهُۥ مُقْرِنِينَ

    Litastawoo ʻalaa z̤̣uhoorihee s̤umma taẓkuroo niʻmata Rabbikum ʹiẓas tawaytum ʻalayhi wa-taq̣ooloo ʻʻSubḥaanal laẓee sakhkhara lanaa haaẓaa wa-maa kunnaa lahoo muq̣rineen.

    އެއީ ތިޔަބައިމީހުން އެ ތަކެތީގެ ބުރިކަށިތަކުގެ މައްޗަށް ސަވާރުވުމަށް ޓަކައެވެ. އަދި އެތަކެތީގެ މައްޗަށް ތިޔަބައިމީހުން އަރައި، އިށީނދެއްޖެއްޔާ، ދެން ތިޔަބައިމީހުން ތިޔަބައިމީހުންގެ ربّ ގެ نعمة ހަނދާންކޮށް، އެކަލާނގެއަށް ذكر ކުރުމަށް ޓަކައެވެ. އަދި سُبْحَانَ الَّذِي سَخَّرَ لَنَا هَـٰذَا وَمَا كُنَّا لَهُ مُقْرِنِينَ މާނައީ: މި ސަވާރީ އަޅަމެންނަށް ކިޔަމަން ކޮށްދެއްވި ކަލާނގެ ހުސް طاهر ވަންތައެވެ. އަޅަމެން އަމިއްލައަށް އެ ސަވާރީ ކިޔަމަން ކުރެވޭނޭ ބަޔަކު ކަމުގައި ނުވަމެވެ. (މިފަދައިންކިޔައި އެކަލާނގެ ހުސް طَاهِرُ ވަންތަކުރުމަށެވެ.)

  78. 43:14

    وَإِنَّآ إِلَىٰ رَبِّنَا لَمُنقَلِبُونَ

    Wa-ʹinnaaa ʹilaa Rabbinaa lamuñq̣aliboon!ʹʹ

    وَإِنَّا إِلَىٰ رَبِّنَا لَمُنقَلِبُونَ އަދި އަޅަމެން އެނބުރިދިއުން ވަނީ ހަމަކަށަވަރުން އަޅަމެންގެ ربّ ގެ حضرة އަށެވެ. މިފަދައިން ކިޔުމަށް ޓަކައެވެ. (މިފަދައިންކިޔައި އެކަލާނގެ ހުސް طَاهِرُ ވަންތަކުރުމަށެވެ.)

  79. 43:15

    وَجَعَلُوا۟ لَهُۥ مِنْ عِبَادِهِۦ جُزْءًا ۚ إِنَّ ٱلْإِنسَـٰنَ لَكَفُورٌ مُّبِينٌ

    Wa-jaʻaloo lahoo min ʻibaadihee juzʹaa! ʹInnal ʹiñsaana lakafoorum mubeen!

    އަދި އެ مشرك ންގެ މީހުން ﷲ ގެ އަޅުތަކުންގެ ތެރެއިން ބައެއް އެކަލާނގެ ރަސްކަންފުޅަށް ލައި، ހަމަޖައްސައިފިއެވެ. (އެބަހީ އެކަލާނގެ އަޅުތަކުން ކުރެ ملائكة ބޭކަލުން އެއީ އެކަލާނގެ އަންހެން ދަރީން ކަމުގައި ހަމަޖައްސައި، އެބޭކަލުންނަށް އަޅުކަން ކުރަން ފަށައިފިއެވެ. ދަރީންނަކީ ބަފައިގެ ބައެކެވެ. މިފަދަ އެންމެހައި އުނި ސިފައިން ﷲ ހުސް طاهر ވަންތަވެ ވޮޑިގެން ވެއެވެ.) ހަމަކަށަވަރުން އިންސާނާ ވަނީ ކަނޑައެޅި ބަޔާންވެގެންވާ ކާފަރުކަން ބޮޑު މީހަކު ކަމުގައެވެ. (އެހެނީ ﷲ ގެ نعمة ތަކަށް ދެކޮޅުހަދައި، ކާފަރުވަނީއެވެ.)

  80. 43:16

    أَمِ ٱتَّخَذَ مِمَّا يَخْلُقُ بَنَاتٍ وَأَصْفَىٰكُم بِٱلْبَنِينَ

    ʹAmit takhaẓa mimmaa yakhluq̣u banaatiñw waʹaṣfaakum bilbaneen?

    އަދި ކިޔެއް ހެއްޔެވެ؟ އެމީހުން ބުނަނީއެވެ. ﷲ تعالى އެކަލާނގެ ހައްދަވާ ތަކެތީގެ ތެރެއިން އަންހެން ޖިންސު އެކަލާނގެ ރަސްކަންފުޅަށް خاصّ ކޮށް، ފިރިހެން ދަރީން ތިޔަބައިމީހުންނަށް خاصّ ކުރައްވަނީއެވެ. (މިއީ ވަރަށްވެސް އަދަބުކުޑަ، އަދި ނުބައި ބަހެކެވެ.)

  81. 43:17

    وَإِذَا بُشِّرَ أَحَدُهُم بِمَا ضَرَبَ لِلرَّحْمَـٰنِ مَثَلًا ظَلَّ وَجْهُهُۥ مُسْوَدًّا وَهُوَ كَظِيمٌ

    Wa-ʹiẓaa bushshira ʹaḥaduhum̃ bimaa ḍaraba lir-Raḥmaani mas̤alañ z̤̣alla wajhuhoo muswaddañw wahuwa kaz̤̣eem!

    އަދި އެބައިމީހުން رَحْمن ވަންތަ، މާތް ﷲ އަށް އެ ވައްތަރުކުރާ / އެ خاصّ ކުރާ ތަކެތީން އެމީހުންކުރެ މީހަކަށް އުފާވެރިކަމުގެ خبر ދެވިއްޖެއްޔާއި، (އެބަހީ އެއިން މީހަކަށް އަންހެން ދަރިޔަކު ލިބުނުކަމުގެ خبر ދެވިއްޖެއްޔާއި) އެކަމާ ހިތާމަޔާއި، نفرة ން އޭނާގެ މޫނު ކަޅުވެ، މޫނުގެ منظر ހުތުރުވެދެއެވެ. އަދި އޭނާ ހުންނާނީ އެކަމާ ހިތާމައިންނާއި، ރުޅީން ފުރިގެންވާ حال ގައެވެ.

  82. 43:18

    أَوَمَن يُنَشَّؤُا۟ فِى ٱلْحِلْيَةِ وَهُوَ فِى ٱلْخِصَامِ غَيْرُ مُبِينٍ

    ʹA-wamañy yunashshaʹu fil ḥilyati wa-huwa fil khiṣaami g̣ayru mubeen?

    (އެމީހުން އެކަލާނގެއަށް خاصّ ކުރަނީ) ގަހަނާޔާއި، ޒީނަތްތެރިކަން (ބޭރުން ގެނަސްގެން) އުފެދި ބޮޑުވާ މީހަކު ހެއްޔެވެ؟ އަދި އޭނާ ޖަދަލުކުރުމާއި، حجّة قائم ކުރުމުގައިވެސް دليل بيان ނުކޮށްދެވޭ މީހަކު ހެއްޔެވެ؟ (އަންހެނުންނަކީ ގިނަ ގަހަނާއާއި، ޒީނަތްތެރިކަން ބޭރުން އިތުރުކުރާ މީހެކެވެ. حقيقة ގައިވެސް އެއީ އުފެދުމުގައި ހުރި އުނިކަމެކެވެ. عامّ ކޮށް حجّة قائم ކުރުމުގައިވެސް އުނިވާނެއެވެ.) އެފަދަ އުނި ފަރާތެއް ﷲ އަށް نسبة ކޮށް، އެކަލާނގެ وحدانيّة އާ خلاف ވާ އަދަބުކުޑަ، ނުބައި ވާހަކަތައް ﷲ އަށް نسبة ކުރާކަށް ކުޑަވެސް ލަދުވެތިކަމެއް، ޖެހިލުމެއް ނުވެއެވެ. تعالى الله عن كلّ ذالك علوّا كبيرا

  83. 43:19

    وَجَعَلُوا۟ ٱلْمَلَـٰٓئِكَةَ ٱلَّذِينَ هُمْ عِبَـٰدُ ٱلرَّحْمَـٰنِ إِنَـٰثًا ۚ أَشَهِدُوا۟ خَلْقَهُمْ ۚ سَتُكْتَبُ شَهَـٰدَتُهُمْ وَيُسْـَٔلُونَ

    Wa-jaʻalul malaaaʹikatal laẓeena hum ʻibaadur Raḥmaani ʹinaas̤aa. ʹA-shahidoo khalq̣ahum? Satuktabu shahaadatuhum wa-yusʹaloon!

    (އަދި އެ مشرك ންގެ މީހުން) رَحْمن ވަންތަ މާތް ﷲ ގެ އަޅުންތަކެއް ކަމުގައިވާ ملائكة ބޭކަލުންނީ އަންހެނުންތަކެއް ކަމުގައި ހަދައިފިއެވެ. އެމީހުން ފަހެ ﷲ تعالى އެމަލާއިކަތް ބޭކަލުން ހެއްދެވިއިރު އެތަނަށް ގޮސް، އެތާ حاضر ވެ ތިބީ ހެއްޔެވެ؟ (މަލާއިކަތް ބޭކަލުންނީ އަންހެން ބައެއްކަން ނުވަތަ ފިރިހެން ބައެއްކަން އެނގޭނީ އެހެންނަމަ ތާއެވެ؟) ނިކަންހުރެ އެމީހުން އެ ބުނާ ބަސް އެމީހުންގެ عمل ގެ ފަތުގައި ލިޔުއްވާހުށީމެވެ. ދެން އެމީހުންނަށް އެ ނުބައި ބަހާމެދު ސުއާލުވެވޭ ހުއްޓެވެ. އަދި އެކަމުގެ ޖަޒާ ދެވޭހުއްޓެވެ.

  84. 43:20

    وَقَالُوا۟ لَوْ شَآءَ ٱلرَّحْمَـٰنُ مَا عَبَدْنَـٰهُم ۗ مَّا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَخْرُصُونَ

    Wa-q̣aaloo law shaaaʹar Raḥmaanu Maa- ʻabadnaahum! maa- lahum̃ biẓaalika min ʻilm! ʹIn hum ʹillaa yakhruṣoon!

    (ކާފަރުންގެމީހުންބުނެއެވެ.) رَحْمن ވަންތަ ކަލާނގެ އެދިވޮޑިގެންނެވި ނަމަ އަހުރެމެން ملائكة ބޭކަލުންނަށް އަޅުކަން ނުކުރީހެވެ. (ނުކުރެވުނީހެވެ.) އަހުރެމެންނަށް އަޅުކަން ކުރެވޭކަން އެއީ އެކަލާނގެ އެގޮތަށް އެދިވޮޑިގަންނަވާ ކަމުގެ ދަލީލެކެވެ. ދަންނައެވެ. މިއީ ބޮޑު بهتان ދޮގު عقيدة އެކެވެ. އެހެނީ إيمان ކަމާއި، ކާފަރުކަންވެސް ހެއްދެވީ ހަމަ ﷲ އެވެ. އެކަމަކު އެކަލާނގެ އެކަލާނގެ އަޅުތަކުންނަކަށް ކާފަރުކަމަށް ރުހިވޮޑި ނުގަންނަވައެވެ. އަދި އެމީހުންގެ އެ ވާހަކައިން އެމީހުން އެ އެދެނީ ބުދަށް އަޅުކަންކުރުން ހުއްދަކަން ދައްކާށެވެ. (تعالى الله عن كلّ ذالك علوّا كبيرا) އަދި އެމީހުން އެފަދަ ބަސް ބުނުމުގައި އެމީހުންނަށް އެއްވެސް އެނގުމެއް ނުވެއެވެ. އެމީހުން ހަމައެކަނި ދޮގުހަދާ ކަމުގައި މެނުވީ ނުވެއެވެ.

  85. 43:21

    أَمْ ءَاتَيْنَـٰهُمْ كِتَـٰبًا مِّن قَبْلِهِۦ فَهُم بِهِۦ مُسْتَمْسِكُونَ

    ʹAm ʹaataynaahum Kitaabam miñ q̣ablihee fahum̃ bihee mustamsikoon?

    ނުވަތަ އެ قرآن އެމީހުންގެ ގާތަށް އައުމުގެ ކުރީން އެމީހުން އެ ފޮތެއްގައި ހިފަހައްޓައި، އެ ފޮތުގައި ވާ ގޮތަށް حجّة قائم ކުރާނޭ ފޮތެއް އެމީހުންނަށް ތިމަން ރަސްކަލާނގެ ދެއްވީ ހެއްޔެވެ؟ (އެހެންވެސް ނޫނެވެ.)

  86. 43:22

    بَلْ قَالُوٓا۟ إِنَّا وَجَدْنَآ ءَابَآءَنَا عَلَىٰٓ أُمَّةٍ وَإِنَّا عَلَىٰٓ ءَاثَـٰرِهِم مُّهْتَدُونَ

    Bal q̣aalooo ʹinnaa wajadnaaa ʹaabaaaʹanaa ʻalaaa ʹummatiñw Waʹinnaa ʻalaaa ʹaas̤aarihim muhtadoon.

    އަދި ކިޔެއް ހެއްޔެވެ؟ އެހެންނަކުން ނޫނެވެ. އެމީހުން ބުނީ - އެބަހީ مشرك ން ބުނީ - އަހުރެމެން ދުށީ އަހުރެމެންގެ ކާބަފައިން ގޮތެއްގެ މަތީގައި ވަނިކޮށެވެ. (ﷲ ފިޔަވައި އެހެން ތަކެއްޗަށް އަޅުކަން ކުރާތީއެވެ.) އަހުރެމެންވެސް، އެމީހުންގެ އެގޮތް މަތީގައި އެމަގުން ހިނގަނީއެވެ.

  87. 43:23

    وَكَذَٰلِكَ مَآ أَرْسَلْنَا مِن قَبْلِكَ فِى قَرْيَةٍ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَآ إِنَّا وَجَدْنَآ ءَابَآءَنَا عَلَىٰٓ أُمَّةٍ وَإِنَّا عَلَىٰٓ ءَاثَـٰرِهِم مُّقْتَدُونَ

    Wa-kaẓaalika maaa ʹarsalnaa miñ q̣ablika fee q̣aryatim min Naẓeerin ʹillaa q̣aala mutrafoohaaa ʹinnaa wajadnaaa ʹaabaaaʹanaa ʻalaaa ʹummatiñw waʹinnaa ʻalaaa ʹaas̤aarihim muq̣tadoon.

    (އޭ رسول الله އެވެ!) ކަންތައް ހުރީ އެފަދައިންނެވެ. ކަލޭގެފާނުންގެ ކުރީ އެއްވެސް ރަށަކަށް އެއްވެސް رسول ބޭކަލަކު ފޮނުއްވައިފިއްޔާ އެ ރަށެއްގައި ތިބޭ مُتْرَفُ ން (نِعْمَة ލިބިގެންވާ މަތީމީހުން) އެފަދައިން އެބޭކަލަކާ ދިމާއަށް ނުބުނާ އެއްވެސް ބޭކަލަކު އެއްވެސް ރަށަކަށް ފޮނުވިފައެއް ނުވެއެވެ. ކޮންމެ ބަޔަކުވެސް ބުނަނީ އަހުރެމެން ދުށީ އަހުރެމެންގެ ކާބަފައިން ގޮތެއްގެ މަތީގައި ވަނިކޮށެވެ. އަހުރެމެންވެސް އެމީހުންގެ އެ ގޮތުގައި ހިފައި، އެމީހުންނަށް تبع ވަނީއެވެ.

  88. 43:24

    ۞ قَـٰلَ أَوَلَوْ جِئْتُكُم بِأَهْدَىٰ مِمَّا وَجَدتُّمْ عَلَيْهِ ءَابَآءَكُمْ ۖ قَالُوٓا۟ إِنَّا بِمَآ أُرْسِلْتُم بِهِۦ كَـٰفِرُونَ

    Q̣aala ʹa-wa law jiʹtukum̃ biʹahdaa mimmaa wajattum ʻalayhi ʹaabaaaʹakum? Q̣aalooo ʹinnaa bimaaa ʹursiltum̃ bihee kaafiroon.

    އެކަލޭގެފާނު އެބަހީ އޭރު ހުންނެވި رسول އާ ވިދާޅުވެއެވެ. ތިޔަބައިމީހުންގެ ކާބަފައިން އެ ގޮތެއްގެ މަތީގައި ވަނިކޮށް ކަލޭމެން ދުށް ގޮތަށްވުރެ މާ ރަނގަޅު، ސީދާ ތެދުމަގާއިގެން އަހުރެން އަތުވެއްޖެއްޔާއިވެސް (ތިޔަބައިމީހުން ތިޔަގޮތް ދޫނުކުރާނޭ ހެއްޔެވެ؟) އެމީހުން ދެންނެވިއެވެ. އަހުރެމެން މި ވަނީ އެ އެއްޗަކާއިގެން ތިޔަބައިމީހުން ފޮނުވި ތަކެއްޗަށް ކާފަރުވެގެންނެވެ.

  89. 43:25

    فَٱنتَقَمْنَا مِنْهُمْ ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُكَذِّبِينَ

    Fañtaq̣amnaa minhum fañz̤̣ur kayfa kaana ʻaaq̣ibatul mukaẓẓibeen!

    ފަހެ ތިމަން ރަސްކަލާނގެ އެމީހުންގެ ކިބައިން ބަދަލުހިއްޕެވީމެވެ. އެމީހުން ހަލާކު ކުރެއްވީމެވެ. (އެކި قوم ހަލާކު ކުރެއްވީ އެކި ގޮތަށެވެ.) އޭ رسول الله އެވެ! ދޮގުކުރި މީހުންގެ ފަހުކޮޅު ކަންތައް ވެގެން ދިޔައީ ކޮންފަދައަކުންކަން ކަލޭގެފާނު ނިކަން ބައްލަވާށެވެ!

  90. 43:26

    وَإِذْ قَالَ إِبْرَٰهِيمُ لِأَبِيهِ وَقَوْمِهِۦٓ إِنَّنِى بَرَآءٌ مِّمَّا تَعْبُدُونَ

    Wa-ʹiẓ q̣aala ʹIbraaheemu liʹabeehi wa-q̣awmiheee ʹinnanee baraaaʹum mimmaa taʻbudoon:

    އަދި إبراهيم عَلَيْه السَّلآم އެކަލޭގެފާނުންގެ ބައްޕައަށާއި، އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިއެވެ. (އެކަން ހަނދުމަފުޅު ކުރައްވާށެވެ.) އަހަރެން މި ވަނީ ތިޔަބައިމީހުން ތިޔަ އަޅުކަންކުރާ އެންމެހައި ތަކެތީން ބަރީއަ ވެގެންނެވެ. ދުރުވެ، ވަކިވެގެންނެވެ.

  91. 43:27

    إِلَّا ٱلَّذِى فَطَرَنِى فَإِنَّهُۥ سَيَهْدِينِ

    ʹIllal laẓee faṭaranee faʹinnahoo sayahdeen.

    ހަމައެކަނި ނެތުމުގެ ތެރެއިން އަހުރެން ހެއްދެވި ފަރާތަށް މެނުވީއެވެ. (އެއީ ﷲ އެވެ. އަހުރެން އަޅުކަން ކުރާނީ އެ ފަރާތަށެވެ.) އެހެނީ ހަމަކަށަވަރުން އެކަލާނގެ އަހުރެންނަށް ތެދުމަގު ދައްކަވާނެއެވެ.

  92. 43:28

    وَجَعَلَهَا كَلِمَةًۢ بَاقِيَةً فِى عَقِبِهِۦ لَعَلَّهُمْ يَرْجِعُونَ

    Wa-jaʻalahaa Kalimatam baaq̣iyatañ fee ʻaq̣ibihee laʻallahum yarjiʻoon.

    އަދި އެކަލޭގެފާނު އެ ވިދާޅުވި އެكلمة ފުޅު (توحيد ގެ كلمة ފުޅު) އެކަލޭގެފާނުންގެ ދަރިފަސްކޮޅަށް އެކަލާނގެ ލައްވައިފިއެވެ. (ފަހެ قيامة އާ ޖެހޭންދެންވެސް توحيد ގެ كلمة ފުޅު ކިޔާނޭ ބަޔަކު، لاإله إلاّالله ކިޔާނޭ ބަޔަކު އެކަލޭގެފާނުންގެ ދަރިކޮޅުން އަންނާނޭ ކަމުގައި ވެއެވެ. والله أعلم) އެއީ އެބައިމީހުން ﷲ ގެ މަގަށް رجوع ވޭތޯއެވެ.

  93. 43:29

    بَلْ مَتَّعْتُ هَـٰٓؤُلَآءِ وَءَابَآءَهُمْ حَتَّىٰ جَآءَهُمُ ٱلْحَقُّ وَرَسُولٌ مُّبِينٌ

    Bal mattaʻtu haaaʹulaaaʹi wa-ʹaabaaaʹahum ḥattaa jaaaʹahumul Ḥaq̣q̣u wa-Rasoolum mubeen.

    އަދި ކިޔެއް ހެއްޔެވެ؟ މި މީހުންނަށާއި - (އެބަހީ މި قريش ންނަށާއި،) އަދި އެމީހުންގެ ކާބަފައިންނަށް ތިމަން ރަސްކަލާނގެ مهلة ދެއްވައި، އަރާމުކޮޅެއް ދެއްވީމެވެ. އެއީ އެމީހުން ގާތަށް حقّ ވެގެންވާ މި قرآن އާއި، އަދި ބަޔާންވެގެންވާ رسول: (محمّد ﷺ) ވަޑައިގެންފުމަށް ދާނދެންނެވެ.

  94. 43:30

    وَلَمَّا جَآءَهُمُ ٱلْحَقُّ قَالُوا۟ هَـٰذَا سِحْرٌ وَإِنَّا بِهِۦ كَـٰفِرُونَ

    Wa-lammaa jaaaʹahumul Ḥaq̣q̣u q̣aaloo haaẓaa siḥruñw waʹinnaa bihee kaafiroon.

    އަދި އެމީހުން ގާތަށް قرآنއައިހިނދުން އެމީހުން ބުނީ މިއީ سحر އެއް ކަމުގައެވެ. އަދި ހަމަކަށަވަރުން އަހުރެމެން މި ވަނީ އެއަށް كافر ވެގެންނެވެ.

  95. 43:31

    وَقَالُوا۟ لَوْلَا نُزِّلَ هَـٰذَا ٱلْقُرْءَانُ عَلَىٰ رَجُلٍ مِّنَ ٱلْقَرْيَتَيْنِ عَظِيمٍ

    Waq̣aaloo Law-laa nuzzila haaẓal Q̣urʹaanu ʻalaa rajulim minal q̣aryatayni ʻaz̤̣eem?

    (އަދިވެސް އެމީހުން ބުނީ) މި ކީރިތި قرآن ދެރަށުގައި ތިބި ބޮޑު ދެމީހުންކުރެ މީހެއްގެ މައްޗަށް ބާވައިލެއްވިނަމަ ކިހައި ރަނގަޅުވީސް ހެއްޔެވެ؟ (އެއީ مكّة އިން الوليد بن المغيرة އެވެ. ނުވަތަ طائف ން عروة بن مسعودالثقفى އާ ދެމީހުންކުރެ މީހެކެވެ.)

  96. 43:32

    أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ ۚ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۚ وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَـٰتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا ۗ وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ

    ʹAhum yaq̣simoona Raḥmata Rabbik? Naḥnu q̣asamnaa baynahum maʻeeshatahum fil ḥayaatid dunyaa wa-rafaʻnaa baʻḍahum fawq̣a baʻḍiñ darajaatil liyattakhiẓa baʻḍuhum̃ baʻḍañ sukhriyyaa. Wa-Raḥmatu Rabbika khayrum mimmaa yajmaʻoon.

    (އޭ رسول الله އެވެ.) އެމީހުން ފަހެ ކަލޭގެފާނުންގެ ربّ ގެ رحمة (يعني نبي ކަން) ބޭނުން މީހަކަށް ބަހަނީ ހެއްޔެވެ؟ އެމީހުންގެ މެދުގައި އެމީހުންގެ ދުނިޔޭގެ حياة ގެ ދިރިއުޅުމުގެ ކަންތައްވެސް ބެއްސެވީ ހަމަ ތިމަން ރަސްކަލާނގެއެވެ. (އެޔާމެދު ހިތްހަމަ ނުޖެހުމެއް ނެތިފައި، ތިމަން ރަސްކަލާނގެ نبي ކަން ދެއްވި ގޮތާމެދު إعتراض ކުރެވެނީ ކީއްވެގެން ބާވައެވެ؟) އަދި އެމީހުންގެ ދުނިޔޭގެ حياة ގައި ތިމަން ރަސްކަލާނގެ އެމީހުންގެ އެއްބަޔަކުގެ މައްޗަށް އަނެއް ބަޔަކު އުފުލައިހެދީމެވެ. އެއީ އެއްބަޔަކުގެ ފަރާތުން އަނެއް ބަޔަކުގެ ދިރިއުޅުމަށް ވާގިލިބި، އަނެއް ބަޔަކަށް خدمة ލިބިގަތުމަށެވެ. (އަދި آخرة ދުވަހުން ﷲ ގެ އަޅުތަކުންނަށް ތައްޔާރުކުރައްވާފައިވާ) ކަލޭގެފާނުންގެ ربّ ގެ رحمة އެމީހުން ދުނިޔޭގައި އެ جمع ކުރާ ތަކެއްޗަށްވުރެ މާ ހެޔޮވެގެން ވެއެވެ.

  97. 43:33

    وَلَوْلَآ أَن يَكُونَ ٱلنَّاسُ أُمَّةً وَٰحِدَةً لَّجَعَلْنَا لِمَن يَكْفُرُ بِٱلرَّحْمَـٰنِ لِبُيُوتِهِمْ سُقُفًا مِّن فِضَّةٍ وَمَعَارِجَ عَلَيْهَا يَظْهَرُونَ

    Wa-lawlaaa ʹañy yakoonan naasu ʹummatañw waaḥidatal lajaʻalnaa limañy yakfuru bir-Raḥmaani libuyootihim suq̣ufam miñ fiḍḍatiñw wamaʻaarija ʻalayhaa yaz̤̣haroon,

    އެންމެހައި މީސްތަކުން އެކީ އެކައްޗަކަށް ކާފަރުވެ، ކާފަރުކަމުގައި އެއް أمّة އަކަށް ނުވާނޭ ނަމަ، رحمٰن ވަންތަ ﷲ އަށް ކާފަރުވާ މީހުންގެ ގެތަކުގެ ފުރާޅުތަކާއި، ފަންގެފިލާތަކާއި، އަދި މަތީބުރިއަށް އަރަން ހުންނަ ސިޑިތައްވެސް ތިމަންރަސްކަލާނގެ ރިހީން، ލެއްވީމުހެވެ.

  98. 43:34

    وَلِبُيُوتِهِمْ أَبْوَٰبًا وَسُرُرًا عَلَيْهَا يَتَّكِـُٔونَ

    Wa-li-buyootihim ʹabwaabañw Wasururan ʻalayhaa yattakiʹoon,

    އަދި އެމީހުންގެ ގޯތި ގެދޮރުތަކަށް ރިހީންވާ ދޮރުތަކާއި، އަދި އޭގައި އެމީހުން ލެނގިލައިގެން ތިބޭނޭ ސޯފާތަކާއި، އެނދުތައްވެސް ތިމަން ރަސްކަލާނގެ ރިހީންނާއި، ރަނުން ލައްވައި ކުރެހުން އަޅައި، ޒީނަތްތެރި ކޮށްލާފައި ބެހެއްޓީމުހެވެ.

  99. 43:35

    وَزُخْرُفًا ۚ وَإِن كُلُّ ذَٰلِكَ لَمَّا مَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۚ وَٱلْـَٔاخِرَةُ عِندَ رَبِّكَ لِلْمُتَّقِينَ

    Wa-ZUKHRUFAA. Wa-ʹiñ kullu ẓaalika lammaa mataaʻul ḥayaatid dunyaa: wal-ʹAakhiratu ʻiñda Rabbika lil-Muttaq̣een.

    އަދި އެ ހުރިހައި އެއްޗަކީ ހަމަ ދުނިޔޭގައި ކުޑަ މުއްދަތަކަށް ބޭނުންކޮށްލެވޭ، އަދި އަވަހަށް ނެތިވެ ހިނގައިދާނޭ ތަކެތި ކަމުގައި މެނުވީ ނުވެއެވެ. (އޭ رسول الله އެވެ.) تقوٰى ވެރި މާތް މީހުންނަށް آخرة ދުވަހުން ކަލޭގެފާނުންގެ ربّ ގެ حضرة ގައި ތައްޔާރުކުރައްވާފައިވާ ތަކެތި މާ ހެޔޮވެގެން ވެއެވެ. آخرة ދުވަހުގެ އެންމެހައި އަރާމާއި، މަޖާ ވަނީ ހަމަ އެމީހުންނަށެވެ.

  100. 43:36

    وَمَن يَعْشُ عَن ذِكْرِ ٱلرَّحْمَـٰنِ نُقَيِّضْ لَهُۥ شَيْطَـٰنًا فَهُوَ لَهُۥ قَرِينٌ

    Wa-mañy yaʻshu ʻañ ẓikrir Raḥmaani nuq̣ayyiḍ lahoo shayṭaanañ fahuwa lahoo q̣areen.

    (ދުނިޔޭގައި އުޅޭއިރު) ﷲ އަށް ذكر ނުކޮށް ﷲ މަތިން غافل ވެ ހިތުގެ ލޯ އަނދިރިވެއްޖެ މީހާ ދަންނައެވެ. ތިމަން ރަސްކަލާނގެ އޭނާއަށް شيطان ންގެ ތެރެއިން އެކުވެރިއެއް ތައްޔާރުކޮށް، ފާކުރައްވާ ހުށީމެވެ. ދެން އެ شيطان ވާނީ އެ އިންސާނާގެ ކައިރިން ފިލައިގެން ނުގޮސް، އަބަދު އެކުއުޅޭ އެކުވެރިއަކަށެވެ.

  101. 43:37

    وَإِنَّهُمْ لَيَصُدُّونَهُمْ عَنِ ٱلسَّبِيلِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ

    Wa-ʹinnahum layaṣuddoonahum ʻanis sabeeli wa-yaḥsaboona ʹannahum muhtadoon!

    ދެން އެފަދަ شيطان ންތައް އެފަދަ އިންސާނުންނަށް ވަސްވާސްދީ، މަގުފުރައްދައި، ސީދާ حقّ މަގު منع ކޮށް ބަންދުކުރާނެއެވެ. އަދި އެ އިންސާނުން ހީކުރާނީ ހަމަކަށަވަރުން އެމީހުން އެވަނީ ތެދުމަގު ލިބިގެންވާ މީހުން ކަމުގައެވެ.

  102. 43:38

    حَتَّىٰٓ إِذَا جَآءَنَا قَالَ يَـٰلَيْتَ بَيْنِى وَبَيْنَكَ بُعْدَ ٱلْمَشْرِقَيْنِ فَبِئْسَ ٱلْقَرِينُ

    Ḥattaaa ʹiẓaa jaaaʹanaa q̣aala yaa-layta baynee wa-baynaka buʻdal Mashriq̣ayni fabiʹsal q̣areen!

    ދެންފަހެ قيامة ދުވަހުން އެ ދެމީހުން (އެ شيطان އާ އާއި، އެ إنسان އާ) ދެމީހުން ތިމަން ރަސްކަލާނގެ حضرة އަށް އަތުވެއްޖެއްޔާއި، شيطان އާ އާ ދިމާއަށް އެ އިންސާނާ ބުނާނެއެވެ. ކަލެޔާއި، އަހުރެންނާ ދެމެދު مشرق އާއި، مغرب އާ ދެމެދުގެ ދުރުމިން ވާނޭ ނަމައެވެ. ކަލެއަކީ ނުބައިވެގެންވާ އެކުވެރިއެކެވެ. (شيطان އާ އީ އިންސާނާގެ އެންމެ ނުބައި އެކުވެރިޔާއެވެ.)

  103. 43:39

    وَلَن يَنفَعَكُمُ ٱلْيَوْمَ إِذ ظَّلَمْتُمْ أَنَّكُمْ فِى ٱلْعَذَابِ مُشْتَرِكُونَ

    Wa-lañy yañfaʻakumul yawma ʹiz̤̣ z̤̣alamtum ʹannakum fil ʻaẓaabi mushtarikoon!

    (ﷲ އެމީހުންނަށް އަންގަވާނެއެވެ.) ދެމީހުން މިއަދު ކިތަންމެ ދުރެއް ވިޔަސް ކަލޭމެންނަކަށް އޭގެ ފައިދާއެއް މިއަދަކު ނެތެވެ. އެއީ ދުނިޔޭގައި ތިބެގެން ކަލޭމެން ވަނީ ކަލޭމެންގެ نفس ތަކަށް އަނިޔާވެރި ވެފައެވެ. ހަމަކަށަވަރުން، މިއަދު ކަލޭމެން ވާނީ عذاب ގައި ބައިވެރިވެ، މައްސުނި ވެފައެވެ.

  104. 43:40

    أَفَأَنتَ تُسْمِعُ ٱلصُّمَّ أَوْ تَهْدِى ٱلْعُمْىَ وَمَن كَانَ فِى ضَلَـٰلٍ مُّبِينٍ

    ʹA-faʹañta tusmiʻuṣ ṣumma ʹaw tahdil ʻumya wa-mañ kaana fee ḍalaalim mubeen?

    (އޭ رسول الله އެވެ!) ފަހެ ކަލޭގެފާނު، ބީރު މީހަކަށް ﷲ ގެ އިރާދަޔާ ނުލައި އިއްވައިދެއްވާފާނުތޯއެވެ؟ ނުވަތަ ލޯ އަނދިރި މީހަކަށް ވިޔަސް (އެކަލާނގެ އިރާދަފުޅާ ނުލައި) ކަލޭގެފާނު ތެދުމަގު ދައްކަވައިފާނުތޯއެވެ؟ އަދި ބަޔާންވެގެންވާ މަގުފުރެދުމެއްގައިވާ މީހާއަށް هداية ދައްކަވައިފާނުތޯއެވެ؟ (މިއިން އެއްވެސް ކަމެއް ﷲ ގެ އިރާދަފުޅާ ލައިގެން މެނުވީ ނުވާނެއެވެ. ކަލޭގެފާނަށް އޮތީ ހަމަ رسول ކަން އިއްވައިދެއްވުމެވެ.)

  105. 43:41

    فَإِمَّا نَذْهَبَنَّ بِكَ فَإِنَّا مِنْهُم مُّنتَقِمُونَ

    Faʹimmaa naẓhabanna bika faʹinnaa minhum muñtaq̣imoon,

    ފަހެ ތިމަން ރަސްކަލަނގެ އެމީހުންގެ ތެރެއިން ކަލޭގެފާނު ނެރުއްވައި، ގެންނެވިޔަސް - އަދި ނުވަތަ ކެލޭގެފާނު މަރުގެންނެވި ނަމަވެސް - ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެމީހުންގެ ކިބައިން ބަދަލުހިއްޕަވައި، އެމީހުން ހަލާކު ކުރައްވާ ހުށީމެވެ.

  106. 43:42

    أَوْ نُرِيَنَّكَ ٱلَّذِى وَعَدْنَـٰهُمْ فَإِنَّا عَلَيْهِم مُّقْتَدِرُونَ

    ʹAw nuriyannakal laẓee waʻadnaahum faʹinnaa ʻalayhim muq̣tadiroon.

    ނުވަތަ އެމީހުންނަށް وعد ކުރެވުނު ކަންތައް، އެބަހީ، عذاب ކަލޭގެފާނަށް ތިމަން ރަސްކަލާނގެ ދައްކަވާފައި ހުށީމެވެ. ނުވަތަ އެމީހުންގެ މައްޗަށް ކަލޭގެފާނަށް نصر ލިބި، އެމީހުންގެ މައްޗަށް ގަދަވެވަޑައިގަންނަވާ ތަންވެސް ދައްކަވާފައި ހުށީމެވެ. ހަމަކަށަވަރުން، އެކަމަށްވެސް ތިމަން ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ވެއެވެ.

  107. 43:43

    فَٱسْتَمْسِكْ بِٱلَّذِىٓ أُوحِىَ إِلَيْكَ ۖ إِنَّكَ عَلَىٰ صِرَٰطٍ مُّسْتَقِيمٍ

    Fastamsik billaẓeee ʹooḥiya ʹilayk: ʹinnaka ʻalaa Ṣiraaṭim Mustaq̣eem.

    ފަހެ ކަލޭގެފާނަށް އިއްވެވޭ وحي ގައި ވާ އެއްޗެއްގައި ހިފަހައްޓަވާށެވެ. އެއަށް عمل ފުޅު ކުރައްވާށެވެ. ހަމަކަށަވަރުން ކަލޭގެފާނު ވަނީ ސީދާވެގެންވާ ތެދުމަގެއްގެ މަތީގައެވެ.

  108. 43:44

    وَإِنَّهُۥ لَذِكْرٌ لَّكَ وَلِقَوْمِكَ ۖ وَسَوْفَ تُسْـَٔلُونَ

    Wa-ʹinnahoo la-Ẓikrul laka wa-liq̣awmik; wa-sawfa tusʹaloon.

    އަދި ހަމަކަށަވަރުން، އެއީ، އެބަހީ އެ قرآن އަކީ ކަލޭގެފާނަށާއި، ކަލޭގެފާނުގެ قوم އަށް ވާ شرف އެކެވެ. އަދި ތިޔަބައިމީހުން އެ قرآن ގައި ވާގޮތަށް عمل ކުރީމުތޯ ނުވަތަ ނުކުރަމުތޯ، މި ކަންކަމާމެދު قيامة ދުވަހުން ތިޔަބައިމީހުންނާ ސުއާލު ކުރެވޭނެއެވެ.

  109. 43:45

    وَسْـَٔلْ مَنْ أَرْسَلْنَا مِن قَبْلِكَ مِن رُّسُلِنَآ أَجَعَلْنَا مِن دُونِ ٱلرَّحْمَـٰنِ ءَالِهَةً يُعْبَدُونَ

    Wasʹal man ʹarsalnaa miñ q̣ablika mir rusulinaaa ʹajaʻalnaa miñ doonir Raḥmaani ʹaalihatañy yuʻbadoon?

    އަދި رحمٰن ވަންތަ ކަލާނގެ މެނުވީ އަޅުކަން ވެވޭނޭ إلٰه އަކު ތިމަން ރަސްކަލާނގެ ލެއްވީންތޯ ކަލޭގެފާނުންގެ ކުރީން، އިސްވެދިޔަ رسول ބޭކަލުން ކުރެންވެސް ނިކަން އައްސަވައިބައްލަވާށެވެ. ނުވަތަ أهل كتاب ންގެ مؤمن ން ކުރެން އައްސަވައިބައްލަވާށެވެ. ﷲ تعالى އެކަލާނގެ ފިޔަވައި އަޅުކަން ވެވޭނޭ އެހެން إلٰه އަކު އެކަލާނގެ ލެއްވިތޯ؟ މީގެ جواب އަކަށް ވާނީ އެއީ އެއްގޮތަކަށްވެސް إذن އޮތްކަމެއް ނޫނެވެ. މިއެވެ. މި ދެގޮތަށް މިއާޔަތުގެ މާނަ ލިޔެވިގެން ވެއެވެ. والله أعلم.

  110. 43:46

    وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَـٰتِنَآ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَقَالَ إِنِّى رَسُولُ رَبِّ ٱلْعَـٰلَمِينَ

    Wa-laq̣ad ʹarsalnaa Moosaa biʹAayaatinaaa ʹilaa Firʻawna wa-malaʹihee faq̣aala ʹinnee Rasoolu Rabbil ʻAalameen.

    فرعون އާއި، އޭނާގެ ބޮޑުންގެ ގާތަށް ހަމަކަށަވަރުން ތިމަން ރަސްކަލާނގެ رسول ކަމާއިގެން موسى عَلَيْه السَّلآم ފޮނުއްވީމެވެ. ފަހެ موسى عَلَيْه السَّلآم އެމީހުންގެ ގާތަށް ވަޑައިގެން ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނީ عالم ތަކުގެ ވެރި ربّ ގެ رسول އަކީމެވެ.\nދަންނައެވެ. موسى عَلَيْه السَّلآم އެމީހުންނަށް دين އަށް ގޮވައިލައްވައި، ﷲ އަށް އެކަނި އަޅުކަން ކުރުމަށާއި، އެކަލާނގެ ނޫން ފަރާތަކަށް އަޅުކަން ނުކުޅައުމަށާއި، بني إسرائيل ގެ މީހުން އެކަލޭގެފާނުގެ އަރިހުގައި ފޮނުވުމަށާއި، މި ކަންކަމަށް ގޮވައިލެއްވުމުން އެމީހުން އެކަލޭގެފާނުގެ އަރިހުން އެދުނީ އެކަލޭގެފާނުގެ رسول ކަން ތެދުކަމުގެ މައްޗަށް معجزة އާއި، دليل ގެނައުމަށެވެ.

  111. 43:47

    فَلَمَّا جَآءَهُم بِـَٔايَـٰتِنَآ إِذَا هُم مِّنْهَا يَضْحَكُونَ

    Falammaa jaaaʹahum̃ biʹAayaatinaaa ʹiẓaa hum minhaa yaḍḥakoon.

    ފަހެ އެކަލޭގެފާނު ތިމަން ރަސްކަލާނގެ އާޔަތްތަކާއިގެން، (معجزة ތަކާއިގެން) އެމީހުންގެ ގާތަށް ވަޑައިގެންނެވި ހިނދުން، އެހިނދުން އެމީހުން ފެށީ އެއަށް މަލާމާތްކޮށް، ހޭށެވެ.

  112. 43:48

    وَمَا نُرِيهِم مِّنْ ءَايَةٍ إِلَّا هِىَ أَكْبَرُ مِنْ أُخْتِهَا ۖ وَأَخَذْنَـٰهُم بِٱلْعَذَابِ لَعَلَّهُمْ يَرْجِعُونَ

    Wa-maa nureehim min ʹaayatin ʹillaa hiya ʹakbaru min ʹukhtihaa, wa-ʹakhaẓnaahum̃ bilʻaẓaabi laʻallahum yarjiʻoon.

    އެއް معجزة އަކަށްފަހު އެއަށްވުރެ ބޮޑު އަނެއް معجزة އެއް މެނުވީ އެމީހުންނަށް ނުދެއްކެއެވެ. (އެބަހީ ކޮންމެ معجزة އެއް، ކުރީން ފެނުނު معجزة އަށްވުރެ ބޮޑުވެފައި އަސަރުގަދައެވެ. އެމީހުންނަށް ﷲ ފޮނުއްވި معجزة ތަކުގެ ތެރޭގައި طوفان އާއި، ގޮއްފުޅަނތްގާއި، އުކުނާއި، ބޮކާއި، އަދި ލެޔާއި، މިތަކެތި ވެއެވެ. މިއިން ކޮންމެ ކަމެއްވެސް ވީ އެމީހުންގެ މައްޗަށް ބޮޑު عذاب އަކަށެވެ.) ދެންފަހެ عذاب ދައްކަވައި ހެއްދެވީމެވެ. އެއީ ހެޔޮމަގަށް އެމީހުން رجوع ވޭތޯއެވެ.

  113. 43:49

    وَقَالُوا۟ يَـٰٓأَيُّهَ ٱلسَّاحِرُ ٱدْعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَ إِنَّنَا لَمُهْتَدُونَ

    Wa-q̣aaloo yaaaʹayyuhas saaḥirud ʹu lanaa Rabbaka bimaa ʻahida ʻiñdak; ʹinnanaa lamuhtadoon.

    އަދި موسى عَلَيْه السَّلآم އަށް ދަންނަވައެވެ. އޭ علم ވެރިޔާއެވެ. (އެޒަމާނުގައި سحر ވެރީން ވަނީ علم ވެރީންނަށެވެ.) يعني އެމީހުންނަށް އޭގެ ތެރެއިން ކޮންމެވެސް މުސީބަތެއް ޖެހުނީމާވެސް އެމީހުން موسى عَلَيْه السَّلآم އަށް ދަންނަވައެވެ. ކަލޭގެފާނަށް ވާ عهد ގެ މަތީން އަޅަމެންނަށް ޓަކައި މިކަން ފިއްލަވައިދެއްވާތޯ ކަލޭގެފާނުންގެ ربّ އަށް دعاء ކޮށްދެއްވާބައްލަވާށެވެ. (އެ عهد އަކީ އެކަން ފިއްލަވައިފިއްޔާ އެމީހުން إيمان ވުމާއި، بني إسرائيل ން އެކަލޭގެފާނާއެކު ފޮނުއްވުމެވެ.) އަދި އެމީހުން ބުނެއެވެ. ހަމަކަށަވަރުން އަހުރެމެންނަކީ ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައި ވާހުށީމެވެ.

  114. 43:50

    فَلَمَّا كَشَفْنَا عَنْهُمُ ٱلْعَذَابَ إِذَا هُمْ يَنكُثُونَ

    Falammaa kashafnaa ʻanhumul ʻaẓaaba ʹiẓaa hum yañkus̤oon.

    ދެންފަހެ އެމީހުންގެ ކިބައިން ތިމަން ރަސްކަލާނގެ އެ عذاب އެ އުނދަގޫ - ފިއްލަވައި كشف ކުރައްވައިފިއްޔާ ދެން އަދި އަލުންވެސް އެމީހުން އެމީހުންގެ عهد އުވައިލައެވެ. އީމާނެއް ނުވެއެވެ.

  115. 43:51

    وَنَادَىٰ فِرْعَوْنُ فِى قَوْمِهِۦ قَالَ يَـٰقَوْمِ أَلَيْسَ لِى مُلْكُ مِصْرَ وَهَـٰذِهِ ٱلْأَنْهَـٰرُ تَجْرِى مِن تَحْتِىٓ ۖ أَفَلَا تُبْصِرُونَ

    Wa-naadaa Firʻawnu fee q̣awmihee q̣aala yaa-q̣awmi ʹalaysa lee mulku Miṣra wa-haaẓihil ʹanhaaru tajree miñ taḥtee? ʹAfalaa tubṣiroon?

    އަދި فرعون އޭނާގެ قوم ގައި ގޮވައިލިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ. އަޅެފަހެ މި مصر ގެ ވެރިކަން އަހުރެންނަކަށް ނުވޭ ހެއްޔެވެ؟ މި ކޯރުތައް يعني نيل ކޯރާއި އެކޯރުން ކަފިވެގެން މި ދެމޭ ކޯރުތައް މި ދެމެނީ އަހުރެންގެ ދަށުންނެވެ. އަހުރެންގެ ބާރުގެ ދަށުންނެވެ. (ނުވަތަ އަހުރެންގެ ގަނޑުވަރުގެ ދަށުންނެވެ.) ތިޔަބައިމީހުންނަށް ފަހެ މިތަން ނުފެނޭ ހެއްޔެވެ؟

  116. 43:52

    أَمْ أَنَا۠ خَيْرٌ مِّنْ هَـٰذَا ٱلَّذِى هُوَ مَهِينٌ وَلَا يَكَادُ يُبِينُ

    ʹAm ʹana khayrum min haaẓal laẓee huwa maheenuñw walaa yakaadu yubeen?

    މިހިރަ ނިކަމެތި، އަދި ވާހަކަދެއްކުމުގައި بيان ކޮށް ނުދެވޭ ދެރަ މީހާޔާއި، (موسى ގެފާނާއި) އަހުރެންނާ ދެމީހުންކުރެ ހެޔޮވެގެންވަނީ އޭނާ ހެއްޔެވެ؟ ނުވަތަ އަހުރެން ހެއްޔެވެ؟

  117. 43:53

    فَلَوْلَآ أُلْقِىَ عَلَيْهِ أَسْوِرَةٌ مِّن ذَهَبٍ أَوْ جَآءَ مَعَهُ ٱلْمَلَـٰٓئِكَةُ مُقْتَرِنِينَ

    Falawlaaa ʹulq̣iya ʻalayhi ʹaswiratum miñ ẓahabin ʹaw jaaaʹa maʻahul malaaaʹikatu muq̣tarineen?

    އޭނާޔަކީ ބޮޑު، އަދި މޮޅު މީހެއް ނަމަ ރަނުގެ އުޅާތަކެއް އަޅާނޭ ނަމަވެސް ރަނގަޅު ނޫންހެއްޔެވެ؟ ނުވަތަ އޭނާއަކީ نبي ބޭކަލަކު ކަމުގައި ވާނަމަ އޭނާގެ نبي ކަން ތެދުކުރެއްވުމަށް ملائكة ބޭކަލަކު އޭނާޔާ އެކީ އަބަދުވެސް ހުންނެވިނަމައެވެ. ނުހުންނެވީ ކީއްވެގެން ހެއްޔެވެ؟

  118. 43:54

    فَٱسْتَخَفَّ قَوْمَهُۥ فَأَطَاعُوهُ ۚ إِنَّهُمْ كَانُوا۟ قَوْمًا فَـٰسِقِينَ

    Fastakhaffa q̣awmahoo faʹaṭaaʻooh: ʹinnahum kaanoo q̣awmañ faasiq̣een.

    ފަހެ فرعون އޭނާގެ قوم ގެ މީހުންނަކީ ދެރަ، ނިކަމެތި ބަޔަކަށް ހަދާލައި، އެމީހުން މުޅީން ދަށްކޮށްލައިފިއެވެ. (އެއީ އޭނާގެ ވާހަކަޔާއި، ރޭވުމުންނެވެ.) ދެން އެމީހުން އޭނާޔަށް ކިޔަމަންތެރި ވެއްޖެއެވެ. ހަމަކަށަވަރުން އެމީހުން ވީ فاسق ބަޔަކު ކަމުގައެވެ. ﷲ ގެ ކިޔަމަނުން ނުކުމެގެންވާ ބަޔަކު ކަމުގައެވެ.

  119. 43:55

    فَلَمَّآ ءَاسَفُونَا ٱنتَقَمْنَا مِنْهُمْ فَأَغْرَقْنَـٰهُمْ أَجْمَعِينَ

    Falammaaa ʹaasafoonañ taq̣amnaa minhum faʹag̣raq̣naahum ʹajmaʻeen.

    ދެންފަހެ އެމީހުން ތިމަން ރަސްކަލާނގެއަށް ނުކިޔަމަންތެރިވެ، ބޮޑާވެ، ތިމަން ރަސްކަލާނގެ ކޯފާގެ ނަތީޖާއެއްގެ ގޮތުން ތިމަން ރަސްކަލާނގެ އެމީހުންގެ ކިބައިން ބަދަލުހިއްޕެވީމެވެ. ދެން ތިމަން ރަސްކަލާނގެ އެމީހުން އެންމެން غرق ކުރެއްވީމެވެ.

  120. 43:56

    فَجَعَلْنَـٰهُمْ سَلَفًا وَمَثَلًا لِّلْـَٔاخِرِينَ

    Fajaʻalnaahum Salafañw Wa-Mas̤alal lil-ʹaakhireen.

    އަދި ތިމަން ރަސްކަލާނގެ އެމީހުން ލެއްވީ - އެބަހީ އެމީހުންގެ خبر ތަކާއި، واقعة ލެއްވީ - އެފަދަ ނުބައި عمل ކުރާ މީހުންނަށް ނަމޫނާއެއް ކަމަށެވެ. އަދި ފަހުން އަންނަ މީސްތަކުންނަށް ރަނގަޅު މިސާލެއް ކަމުގައެވެ. عبرة ތެރި ފިލާވަޅެއް ކަމުގައެވެ.

  121. 43:57

    ۞ وَلَمَّا ضُرِبَ ٱبْنُ مَرْيَمَ مَثَلًا إِذَا قَوْمُكَ مِنْهُ يَصِدُّونَ

    Wa-lammaa ḍuribab nu Maryama mas̤alan ʹiẓaa q̣awmuka minhu yaṣiddoon!

    އަދި مريم ގެފާނުންގެ ދަރިކަލުން عيسى ގެފާނުގެ މިސާލު ޖެހެވުނު ހިނދުން ކަލޭގެފާނުންގެ قوم ގެ މީހުން އެކަމާމެދު ހަޅޭލަވައި، އަޑުގަދަކޮށް، ހީހެދީއެވެ.\nދަންނައެވެ. މި އާޔަތުން މި އިޝާރާތްވަނީ رسول الله ﷺ އާއި، إبن ازبعرى ކިޔާ މީހަކާމެދު ހިނގި ޖަދަލުވެރި ދިމާކުރުމަކާއެވެ. ]އެކަން ވީގޮތަކީ (إنَّكُمْ وَمَا تَعْبُدُونَ مِنْ دُونِ اللهِ حَصَبُ جَهَنَّمَ...) މާނައީ (އޭ مشرك ންނޭވެ.) ތިޔަބައިމީހުންނާއި، ތިޔަބައިމީހުން އެ ތަކެއްޗަށް އަޅުކަންކުރި އެންމެހައި ތަކެއްޗަކީ ނަރަކައިގެ ދަރެވެ...) މި އާޔަތް ބާވައިލެއްވުމުން إبن ازبعرى ދެންނެވިއެވެ. نصارى އިން عيسى عَلَيْه السَّلآم އަށް އަޅުކަން ނުކުރޭތޯއެވެ. އަދި يهودي ން عزير ގެފާނަށް އަޅުކަން ނުކުރޭތޯއެވެ؟ އަދި بنو مليح ގެ މީހުން ملائكة ބޭކަލުންނަށް އަޅުކަން ނުކުރޭތޯއެވެ؟ މި ބޭބޭކަލުން އަހުރެމެންނާއެކު ނަރަކައިގާ ތިބޭކަމަށް ވަންޏާ އަހުރެމެން ރުހިއްޖައީމެވެ. އެކަމާ އެމީހުން ވަރަށް އުފާކޮށް، މަޖާނެގިއެވެ. ހަޅޭލަވައިވެސް ހެދިއެވެ. މިވާހަކަޔާ ގުޅިގެން (إنَّ الَّذِينَ سَبَقَتْ لَهُمْ مِّنَّاالْحُسْنٰى أُولٰئِكَ عَنْهَا مُبْعَدُونَ) އެބަހީ: ހަމަކަށަވަރުން އެބައިމީހުންނަށް ތިމަން ރަސްކަލާނގެ حضرة ން ބާއްޖަވެރިކަން އިސްވެގޮސްފައިވާ މީހުން އެ ނަރަކަޔާ ދުރުކުރެވޭނެއެވެ. (އެބަހީ އެ نبي ބޭކަލުންނާއި، މަލާއިކަތް ބޭކަލުންނަކީ ބާއްޖަވެރީންނެވެ. އެބޭކަލުން ނަރަކައަށް ނުވަންނަ ހުއްޓެވެ.)

  122. 43:58

    وَقَالُوٓا۟ ءَأَـٰلِهَتُنَا خَيْرٌ أَمْ هُوَ ۚ مَا ضَرَبُوهُ لَكَ إِلَّا جَدَلًۢا ۚ بَلْ هُمْ قَوْمٌ خَصِمُونَ

    Wa-q̣aalooo ʹa-ʹaalihatunaa khayrun ʹam hoo? Maa- ḍaraboohu laka ʹillaa jadalaa: bal hum q̣awmun khaṣimoon.

    އަދި އެމީހުން ބުންޏެވެ. ހެޔޮވެގެންވަނީ އަހުރެމެންގެ إلٰه ންތައް ހެއްޔެވެ؟ ނުވަތަ އެކަލޭގެފާނު ހެއްޔެވެ؟ يعني عيسى عَلَيْه السَّلآم ހެއްޔެވެ؟ (އޭ رسول الله އެވެ.) އެމީހުން ކަލޭގެފާނަށް އެކަލޭގެފާނުންގެ މިސާލު، يعني عيسى عَلَيْه السَّلآم ގެ މިސާލު ހަމަ ޖަދަލުކޮށް، ކަލޭގެފާނާ ދެކޮޅުހެދުމަށް މެނުވީ ނުޖަހައެވެ. އަދި ކިޔެއް ހެއްޔެވެ؟ އެމީހުންނަކީ ހަމަ ދެކޮޅުވެރި، އަދި ޖަދަލުކުރުންބޮޑު ބައެކެވެ.

  123. 43:59

    إِنْ هُوَ إِلَّا عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَـٰهُ مَثَلًا لِّبَنِىٓ إِسْرَٰٓءِيلَ

    ʹIn huwa ʹillaa ʻabdun ʹanʻamnaa ʻalayhi wa-jaʻalnaahu mas̤alal li-Baneee ʹIsraaaʹeel.

    އަދި އެކަލޭގެފާނަކީ، އެބަހީ عيسى عَلَيْه السَّلآم އަކީ، ތިމަން ރަސްކަލާނގެ އެކަލޭގެފާނުގެ މައްޗަށް نعمة ލައްވައި، رحمة ލައްވާފައިވާ އަޅަކު ކަމުގައި މެނުވީ ނުވެއެވެ. (އެއީ ހަމަ އަޅެކެވެ. إلٰه އެއް ނޫނެވެ.) އަދި އެކަލޭގެފާނު ތިމަން ރަސްކަލާނގެ ލެއްވި بني إسرائيل ންނަށް ވާ مثال އެއް ކަމުގައެވެ. އެބަހީ ތިމަން ރަސްކަލާނގެ قدرة ތެރިކަމުގެ މިސާލެއް ކަމުގައެވެ. (ބަފަޔަކާ ނުލައިވެސް ތިމަން ރަސްކަލާނގެ އެދިވޮޑިގެންފިއްޔާ އިންސާނުން އުފައްދަވާނޭ ކަމުގެ دليل އެއްގެ ގޮތުންނެވެ.) އެގޮތުން ءادم ގެފާނަކީ ބަފަޔަކު، އަދި މަޔަކުނެތި އުފެއްދެވި އަޅެކެވެ. حوّٰى ގެފާނަކީ މަޔަކުނެތި ހެއްދެވި އަޅެކެވެ. عيسى ގެފާނަކީ ބަފަޔަކުނެތި ހެއްދެވި އަޅެކެވެ. މި ހުރިހާ ގޮތަކަށްވެސް ތިމަން ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ވެއެވެ.

  124. 43:60

    وَلَوْ نَشَآءُ لَجَعَلْنَا مِنكُم مَّلَـٰٓئِكَةً فِى ٱلْأَرْضِ يَخْلُفُونَ

    Wa-law nashaaaʹu lajaʻalnaa miñkum malaaaʹikatañ fil ʹarḍi yakhlufoon.

    އަދި ތިމަން ރަސްކަލާނގެ އެދިވޮޑިގެންފިއްޔާ ކަލޭމެން އިންސާނުންގެ ބަދަލުގައި ބިންމަތީގައި ދިރިއުޅޭ ބަޔަކު ކަމުގައި މަލާއިކަތް ބޭކަލުން ލައްވައިފީހެވެ.

  125. 43:61

    وَإِنَّهُۥ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَٱتَّبِعُونِ ۚ هَـٰذَا صِرَٰطٌ مُّسْتَقِيمٌ

    Wa-ʹinnahoo laʻilmul lis-Saaʻati falaa tamtarunna bihaa wattabiʻoon: haaẓaa Ṣiraṭum Mustaq̣eem.

    އަދި ހަމަކަށަވަރުން އެކަލޭގެފާނަކީ قيامة އަށް ވާ علامة އެކެވެ. (އެބަހީ عيسى ގެފާނު ފަހުޒަމާނުގައި ދުނިޔެއަށް ދެވަނަ ފަހަރަށް ވަޑައިގަތުމަކީ (قيامة ވުން ތައްޔާރުވީ ކަމުގެ علامة އެކެވެ. އެކަމަށް ކަލޭގެފާނު އެއްގޮތަކަށްވެސް ޝައްކު ނުކުރާށެވެ. އަދި ތިމަން ރަސްކަލާނގެ وحي ގެ ذريعة އިން ކަލޭގެފާނަށް މި އަންގަވާ އެއްޗާ تبع ވެވަޑައިގަންނަވާށެވެ. ސީދާވެގެންވާ ތެދުމަގަކީ އެއީއެވެ.

  126. 43:62

    وَلَا يَصُدَّنَّكُمُ ٱلشَّيْطَـٰنُ ۖ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ

    Wa-laa yaṣuddannakumush Shayṭaan: ʹinnahoo lakum ʻaduwwum mubeen.

    އަދި شيطان އާ، ތިޔަބައިމީހުން ތެދުމަގާ ދުރުކޮށް، ހުއްޓުވިޔަ ނުދޭށެވެ. ހަމަކަށަވަރުން އެ ސައިތާނާއަކީ ކަލޭމެންނަށް ޓަކައި بيان ވެގެންވާ عداوة ތެރިއެކެވެ.

  127. 43:63

    وَلَمَّا جَآءَ عِيسَىٰ بِٱلْبَيِّنَـٰتِ قَالَ قَدْ جِئْتُكُم بِٱلْحِكْمَةِ وَلِأُبَيِّنَ لَكُم بَعْضَ ٱلَّذِى تَخْتَلِفُونَ فِيهِ ۖ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ

    Wa-lammaa jaaaʹa ʻEesaa bil-Bayyinaati q̣aala q̣ad jiʹtukum̃ bil-Ḥikmati wa-liʹubayyina lakum baʻḍal laẓee takhtalifoona feeh: fattaq̣ul laaha wa-ʹaṭeeʻoon.

    އަދި ބަޔާންވެގެންވާ ދަލީލުތަކާއިގެން عيسى عَلَيْه السَّلآم ވަޑައިގެންނެވި ހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެން ކަލޭމެންގެ ގާތަށް މިއައީ حكمة އާއިގެންނެވެ. ނަބީކަމާއިގެންނެވެ. އަދި އެކަންކަމާމެދު ކަލޭމެން إختلاف ވެ، ދެބަސްވާ ބައެއް ކަންތައް ކަލޭމެންނަށް އަންގައިދޭށެވެ. ބަޔާންކޮށްދޭށެވެ. ފަހެ ކަލޭމެން ﷲ އަށް تقوٰى ވެރިވާށެވެ. އެކަލާނގެއަށް ބިރުވެތި ވާށެވެ. އަދި ތިމަން ކަލޭގެފާނަށް ކިޔަމަންތެރި ވާށެވެ.

  128. 43:64

    إِنَّ ٱللَّهَ هُوَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۚ هَـٰذَا صِرَٰطٌ مُّسْتَقِيمٌ

    ʹInnal laaha Huwa Rabbee wa-Rabbukum faʻbudooh: haaẓaa Ṣiraaṭum Mustaq̣eem.

    ހަމަކަށަވަރުން ﷲ އެއީ އަހުރެންނާއި، އަދި ކަލޭމެންގެވެސް ربّ އެވެ. ފަހެ އެހެންވެ، ކަލޭމެން އެކަލާނގެއަށް އަޅުކަން ކުރާށެވެ. ސީދާވެގެންވާ ތެދުމަގަކީ އެއީއެވެ.

  129. 43:65

    فَٱخْتَلَفَ ٱلْأَحْزَابُ مِنۢ بَيْنِهِمْ ۖ فَوَيْلٌ لِّلَّذِينَ ظَلَمُوا۟ مِنْ عَذَابِ يَوْمٍ أَلِيمٍ

    Fakhtalafal ʹaḥzaabu mim baynihim: fawaylul lil-laẓeena z̤̣alamoo min ʻaẓaabi Yawmin ʹAleem!

    ފަހެ އެމީހުންގެ މެދުގައި - އެބަހީ يهودي ންނާއި، نصارى އިންގެ މެދުގައި - جماعة ތައް، يعني އެކިއެކި فرقة ތައް (عيسى عَلَيْه السَّلآم އާމެދު) ބަސް ތަފާތުވެ إختلاف ވެއްޖެއެވެ. ދެންފަހެ އަނިޔާވެރީންނަށް ހުރީ - (مشرك ންނަށް ހުރީ) - ދުވަހެއްގެ، ވޭންދެނިވި عذاب އެވެ. އެއީ قيامة ދުވަހެވެ. ދަންނައެވެ. عيسى عَلَيْه السَّلآم އާމެދު يهودي ންނާއި، نصارى އިން ތަފާތު ބަސްތައް ކިޔައެވެ. ބައެއް يهودي ން ބުނަނީ އެއީ ޒިނޭގެ ދަރިއެއް ކަމަށެވެ. - نعوذ بالله - އަދި ساحر އެކޭވެސް އެމީހުން ބުންޏެވެ. އަދި نصارى ންގެ ބައެއް މީހުން ބުންޏެވެ. އެއީ ﷲ އެވެ. އަދި نصارى އިންގެ އަނެއް ބަޔަކު ބުނީ އެއީ ﷲ ގެ ދަރިކަލުންނެވެ. އަދި މިނޫން ގޮތަގޮތަށްވެސް ބުންޏެވެ. އެ ހުރިހައި ބަސްތަކުން ﷲ تعالى ހުސް طاهر ވަންތަވެ ވޮޑިގެން ވެއެވެ.

  130. 43:66

    هَلْ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأْتِيَهُم بَغْتَةً وَهُمْ لَا يَشْعُرُونَ

    Hal yañz̤̣uroona ʹillas Saaʻata ʹañ taʹtiyahum̃ bag̣tatañw wahum laa- yashʻuroon?

    އެކާފަރުންނާއި، مشرك ންގެ މީހުން އެމީހުންނަށް إحساس ވެސް ނުވެ ތިއްބައި އެމިހުންނަށް قيامة قائم ވުމަށް މެނުވީ އެމީހުން إنْتِظَارُ އެބަ ކުރޭހެއްޔެވެ؟ އެބަހީ އެމީހުން އެ إنتظار ކުރަނީ އެކަމަށެވެ.

  131. 43:67

    ٱلْأَخِلَّآءُ يَوْمَئِذٍۭ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا ٱلْمُتَّقِينَ

    ʹAlʹakhillaaaʹu Yawmaʹizim baʻḍuhum libaʻḍin ʻaduwwun ʹillal Muttaq̣een.

    ދުނިޔޭގައި رحمة ތެރިކަމާއި، ލޯބިވެތިކަމާއިގެން އުޅުނު އެންމެންނީވެސް قيامة ދުވަހުން تقوى ވެރި، މާތް މީހުން މެނުވީ އެއްބަޔަކު އަނެއް ބަޔަކަށް އެއީ عدوّ ންނެވެ.

  132. 43:68

    يَـٰعِبَادِ لَا خَوْفٌ عَلَيْكُمُ ٱلْيَوْمَ وَلَآ أَنتُمْ تَحْزَنُونَ

    Yaa-ʻibaadi laa- khawfun ʻalaykumul Yawma wa-laaa ʹañtum taḥzanoon,―

    (تقوى ވެރި މާތް މީހުންނަށް قيامة ދުވަހުން ﷲ އަންގަވާނެއެވެ.) އޭ ތިމަން ރަސްކަލާނގެ އަޅުތަކުންނޭވެ. ތިޔަބައިމީހުންގެ މައްޗަށް މިއަދު އެއްވެސް ބިރުވެރިކަމެއް ނުވެއެވެ. އަދި ތިޔަބައިމީހުންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައި ނުވެއެވެ.

  133. 43:69

    ٱلَّذِينَ ءَامَنُوا۟ بِـَٔايَـٰتِنَا وَكَانُوا۟ مُسْلِمِينَ

    ʹAllaẓeena ʹaamanoo biʹAayaatinaa wa-kaanoo Muslimeen.

    އެމީހުންނީ ތިމަން ރަސްކަލާނގެ އާޔަތްތަކަށް إيمان ވެގެންވާ މީހުންނެވެ. އަދި އެއީ ތިމަން ރަސްކަލާނގެއަށް ކިޔަމަންތެރިވެގެންވާ މީހުންނެވެ.

  134. 43:70

    ٱدْخُلُوا۟ ٱلْجَنَّةَ أَنتُمْ وَأَزْوَٰجُكُمْ تُحْبَرُونَ

    ʹUdkhulul Jannata ʹañtum wa-ʹazwaajukum tuḥbaroon.

    އަދި قيامة ދުވަހުން އެމީހުންނަށް وحي އިއްވޭނެއެވެ. ތިޔަބައިމީހުންނާއި، އަދި ތިޔަބައިމީހުންގެ ކިޔަމަންތެރި އަނބީންތަކާ ސުވަރުގެއަށް ވަންނާށެވެ. ތިޔަބައިމީހުންނަށް މާތްކޮށް ހިތެވޭނެއެވެ. نعمة އާއި، كرامة ލިބޭ ހުއްޓެވެ.

  135. 43:71

    يُطَافُ عَلَيْهِم بِصِحَافٍ مِّن ذَهَبٍ وَأَكْوَابٍ ۖ وَفِيهَا مَا تَشْتَهِيهِ ٱلْأَنفُسُ وَتَلَذُّ ٱلْأَعْيُنُ ۖ وَأَنتُمْ فِيهَا خَـٰلِدُونَ

    Yuṭaafu ʻalayhim̃ biṣiḥaafim miñ ẓahabiñw waʹakwaab: wafeehaa maa- tashtaheehil ʹañfusu wa-talaẓẓul ʹaʻyun: wa-ʹañtum feehaa khaalidoon.

    އަދި ސުވަރުގޭގައި ރަނުން ވާ ބޮޑެތި ތަށިތަކާއި، ރަނުން ވާ ބިއްލޫރި ތަށިތައް، ކާބޯތަކެތި އެޅެވިގެންވާ حال، އެމީހުންގެ މެދުގައި ދައުރުކުރެވޭނެއެވެ. އިންސާނާގެ نفس، އެ އެއްޗަކަށް އެދޭ، ކާހިތްވާ، އަދި ލޯތަކަށް ފިނިކަމާއި، އަރާމު ލިއްބައިދޭ ކޮންމެ ކާބޯ އެއްޗެއް އެ ތަށިތަކުގައި ވާ ހުއްޓެވެ. އަދި އެމީހުންނަށް ނިދާ އިއްވޭނެއެވެ. ތިޔަބައިމީހުން ތިޔަ ސުވަރުގޭގައި ދެމިތިބޭ ހުއްޓެވެ.

  136. 43:72

    وَتِلْكَ ٱلْجَنَّةُ ٱلَّتِىٓ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ

    Wa-tilkal Jannatul lateee ʹooris̤tumoohaa bimaa kuñtum taʻmaloon.

    އަދި ތިޔަ ސުވަރުގެއަކީ ދުނިޔޭގައި ތިޔަބައިމީހުން ކުރި މަސައްކަތުގެ ސަބަބުން (ކިޔަމަންތެރިކަމާއި، تقوى ގެ ސަބަބުން) ތިޔަބައިމީހުން ވާރުތަކުރި ސުވަރުގެއެވެ.

  137. 43:73

    لَكُمْ فِيهَا فَـٰكِهَةٌ كَثِيرَةٌ مِّنْهَا تَأْكُلُونَ

    Lakum feeha faakihatuñ kas̤eeratum minhaa taʹkuloon.

    އެ ސުވަރުގޭގައި ތިޔަބައިމީހުންނަށް ޓަކައި ގިނަވެގެންވާ މޭވާތައް ވެއެވެ. އެއިން ތިޔަބައިމީހުން ކާށެވެ.

  138. 43:74

    إِنَّ ٱلْمُجْرِمِينَ فِى عَذَابِ جَهَنَّمَ خَـٰلِدُونَ

    ʹInnal mujrimeena fee ʻaẓaabi Jahannama khaalidoon.

    (شرك ކުރުން / ކާފަރުވުން ފަދަ) ބޮޑެތި ކުށްކުށުގެ ވެރީން ހަމަކަށަވަރުން ނަރަކައިގެ عذاب ގައި قيامة ދުވަހުން ދެމިތިބޭ ހުއްޓެވެ.

  139. 43:75

    لَا يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ

    Laa- yufattaru ʻanhum wa-hum feehi mublisoon.

    ކުޑަކުޑަ ހިނދުކޮޅަކަށްވެސް އެމީހުންގެ ކިބައިން އެ عذاب ލުއި ނުވާހުއްޓެވެ. (ސަލާމަތްވުމުގެ އެއްވެސް أمّيد އެއް ނެތި) އެމީހުން عذاب ގައި ދެމިތިބޭ ހުއްޓެވެ.

  140. 43:76

    وَمَا ظَلَمْنَـٰهُمْ وَلَـٰكِن كَانُوا۟ هُمُ ٱلظَّـٰلِمِينَ

    Wa-maa z̤̣alamnaahum wa-laakiñ kaanoo humuz̤̣ z̤̣aalimeen.

    އަދި ތިމަން ރަސްކަލާނގެ އެމީހުންނަށް އަނިޔާވެރި ވީއެއް ނޫނެވެ. އަދި ކިޔެއްހެއްޔެވެ؟ އެމީހުން ވީ އެމީހުންގެ އަމިއްލަ نفس ތަކަށް އަނިޔާކުރި ބަޔަކު ކަމުގައެވެ.

  141. 43:77

    وَنَادَوْا۟ يَـٰمَـٰلِكُ لِيَقْضِ عَلَيْنَا رَبُّكَ ۖ قَالَ إِنَّكُم مَّـٰكِثُونَ

    Wa-naadaw yaa-Maaliku liyaq̣ḍi ʻalaynaa Rabbuk! Q̣aala ʹinnakum maakis̤oon.

    (ނަރަކަ ބެލެހެއްޓުމާ حوال ކުރައްވާފައިވާ ملائكة އާ ކަމުގައި ވާ مالك އަށް) އެމީހުން ނަރަކައިގައި ތިބެގެން ގޮވާ ނަގާނެއެވެ. އެމީހުން ދަންނަވާނެއެވެ. އޭ مالك އެވެ. އަހަރެމެންނަށް މަރުވުމުގެ ނިޔާ ކޮށްދެއްވައިތޯ ކަލޭގެފާނުންގެ ربّ އަށް ދަންނަވައިދެއްވާށެވެ. އޭގެ جواب ގައި (އެހެން ގޮވާތާ އެއްހާސް އަހަރު ފަހުން) އެކަލޭގެފާނު ވިދާޅުވާނެއެވެ. ހަމަކަށަވަރުން ކަލޭމެންނަކީ ތިޔަ عذاب ގައި (ތިޔަ ވޭނުގައި / ތިޔަ ނަރަކައިގައި) ދެމިތިބޭނޭ ބައެކެވެ.

  142. 43:78

    لَقَدْ جِئْنَـٰكُم بِٱلْحَقِّ وَلَـٰكِنَّ أَكْثَرَكُمْ لِلْحَقِّ كَـٰرِهُونَ

    Laq̣ad jiʹnaakum̃ bil-Ḥaq̣q̣i wa-laakinna ʹaks̤arakum lil-Ḥaq̣q̣i kaarihoon.

    (ﷲ އެމީހުންނަށް އަންގަވާނެއެވެ.) ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ކަލޭމެންގެ ގާތަށް حقّ ފޮނުވީމެވެ. (އެބަހީ رسول ބޭކަލަކު ފޮނުވައި، ފޮތް ބާވައިލައްވައި، توحيد ގެ حقّ މަގަށް އެބޭކަލުން ގޮވައިލެއްވިއެވެ.) އެހެނެއް ކަމަކު ކަލޭމެން ކުރެ ގިނަ މީހުން އެ حقّ އަށް تبع ވެ إيمان އެއް ނުވިއެވެ. އެ حقّ އަށް ނުރުހި، ފުރަގަސްދިނީއެވެ.

  143. 43:79

    أَمْ أَبْرَمُوٓا۟ أَمْرًا فَإِنَّا مُبْرِمُونَ

    ʹAm ʹabramooo ʹamrañ faʹinnaa mubrimoon.

    އަދި ކިޔެއް ހެއްޔެވެ؟ (رسول އާ އިދިކޮޅަށް) އެމީހުން މަކަރުތަކާއި، ގޮތްތައް ރާވައި، ވަރުގަދަކުރީއެވެ. ތިމަން ރަސްކަލާނގެވެސް އެމީހުންނާ އިދިކޮޅަށް (އެމީހުންގެ ހަލާކުގައި) ގޮތްތައް ރާވައި ވަރުގަދަކުރީއެވެ.

  144. 43:80

    أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَىٰهُم ۚ بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ

    ʹAm yaḥsaboona ʹannaa laa- nasmaʻu sirrahum wa-najwaahum? Balaa wa-Rusulunaa ladayhim yaktuboon.

    އަދި ނުވަތަ އެމީހުން ހީކުރީ (އެ ގޮތްތައް ރާވާހެދިއިރު) އެމީހުންގެ ސިއްރު ވާހަކަތަކާއި، ސިއްރު ޖަލްސާތައް ތިމަން ރަސްކަލާނގެ ނުއައްސަވާ ކަމަށެވެ. އެއްގޮތަކަށްވެސް އެހެންނަކުން ނޫނެވެ. އެމީހުން ގާތު (އެ ސިއްރު ޖަލްސާތަކުގައިވެސް) ތިމަން ރަސްކަލާނގެ ފޮނުއްވި رسول ބޭކަލުން، يعني މަލާއިކަތް ބޭކަލުން ތިއްބަވައިގެން (އެމީހުން ދައްކާހައި ވާހަކައަކާއި، ރޭވުމެއް) ލިޔުއްވަނީއެވެ.

  145. 43:81

    قُلْ إِن كَانَ لِلرَّحْمَـٰنِ وَلَدٌ فَأَنَا۠ أَوَّلُ ٱلْعَـٰبِدِينَ

    Q̣ul ʹiñ kaana lir-Raḥmaani waladuñ faʹana ʹawwalul ʻaabideen.

    (އޭ رسول الله އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. رحمن ވަންތަ ﷲ އަށް ދަރިކަލަކު ވާނަމަ އެ ދަރިކަލުންނަށް އަޅުކަންކުރާ މީހުންގެ ތެރެއިން އެންމެ ފުރަތަމަ މީހާ ކަމުގައި ތިމަންކަލޭގެފާނު ވީމުހެވެ. (އެހެން ނަމަވެސް ދަރިކަލަކު إختيار ކުރެއްވުންފަދަ އުނި ސިފަތަކުން އެކަލާނގެ ހުސް طاهر ވަންތަވެ ވޮޑިގެން ވެއެވެ.)

  146. 43:82

    سُبْحَـٰنَ رَبِّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ رَبِّ ٱلْعَرْشِ عَمَّا يَصِفُونَ

    Subḥaana Rabbis samaawaati wal-ʹarḍi Rabbil ʻArshi ʻammaa yaṣifoon!

    އުޑުތަކާއި، ބިންތައް ހެއްދެވި ކަލާނގެ އެއީ عرش ގެ ވެރި ربّ އެވެ. އެ ކާފަރުންނާއި، مشرك ން އެ ސިފަކުރާ އެންމެހައި އުނިކަމަކުން އެކަލާނގެ ހުސް طاهر ވަންތަވެ ވޮޑިގެން ވެއެވެ.

  147. 43:83

    فَذَرْهُمْ يَخُوضُوا۟ وَيَلْعَبُوا۟ حَتَّىٰ يُلَـٰقُوا۟ يَوْمَهُمُ ٱلَّذِى يُوعَدُونَ

    Faẓarhum yakhooḍoo wa-yalʻaboo ḥattaa yulaaq̣oo Yawmahumul laẓee yooʻadoon.

    އޭ رسول الله އެވެ. އެމިހުންނަށް وعد ވެވިގެންވާ ދުވަސް - قيامة ދުވަސް - އަތުވެއްޖައުމަށް ދާނދެން އެމީހުންގެ باطل عقيدة އާއި، ބޭކާރު ވާހަކައިގެ ތެރޭގައި ފީނައި، ކުޅެހެދުމަށް އެމީހުން ދޫކޮށްލައްވާށެވެ. (އަދި އެ قيامة ދުވަހަކީ އެމީހުންނަށް ކަނޑައެޅިގެންވާ عذاب އެމީހުންނާ ބައްދަލުވާ ދުވަހެވެ.)

  148. 43:84

    وَهُوَ ٱلَّذِى فِى ٱلسَّمَآءِ إِلَـٰهٌ وَفِى ٱلْأَرْضِ إِلَـٰهٌ ۚ وَهُوَ ٱلْحَكِيمُ ٱلْعَلِيمُ

    Wa-Huwal laẓee fis samaaaʹi ʹIlaahuñw Wafil ʹarḍi ʹIlaah; wa-Huwal Ḥakeemul ʻAleem.

    އަދި އެކަލާނގެއީ އެބަހީ ﷲ އީ އުޑުގައިވެސް އަޅުކަންވެވޭ ފަރާތެވެ. އުޑުގެވެސް معبود އެވެ. އަދި ބިމުގައިވެސް އަޅުކަންވެވޭ ފަރާތެވެ. ބިމުގެވެސް معبود އެވެ. (އެބަހީ އެ ދެތާވެސް އަޅުކަންވެވުން حقّ إله އަކީ، حقّ معبود އަކީ ﷲ އެވެ. އެހެން އެއްވެސް إله އަކަށް އަޅުކަންވެވުން ހުއްދަވެގެން ނުވެއެވެ.) އަދި އެކަލާނގެއީ حكمة ގަދަވެގެންވާ، އަދި ދެނެވޮޑިގަތުން ބޮޑުވެގެންވާ ކަލާނގެއެވެ.

  149. 43:85

    وَتَبَارَكَ ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا وَعِندَهُۥ عِلْمُ ٱلسَّاعَةِ وَإِلَيْهِ تُرْجَعُونَ

    Wa-tabaarakal laẓee lahoo mulkus samaawaati wal-ʹarḍi wa-maa baynahumaa: wa-ʻiñdahoo ʻilmus Saaʻah: wa-ʹilayhi turjaʻoon.

    އަދި އުޑުތަކާއި، ބިމާއި، އަދި އެ ދެމެދުގައި ވާހައި ތަކެތީގެ ވެރިކަން އެފަރާތަކަށް ملك ވެ، خالص ވެގެންވާ ފަރާތުގެ بركاة ވަންތަ ކަމާއެވެ. އެކަލާނގެ ހެޔޮތައް ގިނަވެގެން ވެއެވެ. އަދި قيامة ދުވަހާބެހޭ އެންމެހައި علم އެއް - އެންމެހައި އެނގުމެއް - ވަނީ ހަމަ އެކަލާނގެއަށެވެ. (އެހެން އެއްވެސް މީހަކަށް އެކަމާބެހޭ އެއްވެސް އެއްޗެއް އެކަލާނގެ އެންގެވި މިންވަރަކަށް މެނުވީ ނުވެއެވެ.) އަދި ތިޔަބައިމީހުން އެނބުރި ދިއުން ވަނީ ހަމަ އެކަލާނގެ حضرة އަށެވެ.

  150. 43:86

    وَلَا يَمْلِكُ ٱلَّذِينَ يَدْعُونَ مِن دُونِهِ ٱلشَّفَـٰعَةَ إِلَّا مَن شَهِدَ بِٱلْحَقِّ وَهُمْ يَعْلَمُونَ

    Wa-laa yamlikul laẓeena yadʻoona miñ doonihish Shafaaʻata ʹillaa mañ shahida bil-Ḥaq̣q̣i wa-hum yaʻlamoon.

    އަދި ﷲ ފިޔަވައި ބައެއް މީހުން އަޅުކަން ކުރަމުން އެދާ އެއްވެސް ފަރާތަކަށް قيامة ދުވަހުން شفاعة އެއް ملك ވެގެން ނުވެއެވެ. ލިބިގެނެއް ނުވެއެވެ. ملائكة ބޭކަލުންނާއި، نبي ބޭކަލުންނަށް އަޅުކަންކުރި މީހުންނަކަށްވެސް އެ ބޭބޭކަލުން شفاعة ތެރި ނުވާނެއެވެ. شفاعة ގެ އެއްވެސް ފައިދާއެއް ކުރާނީ ހަމައެކަނި حقّ އަށް ހެކިވީ ބަޔަކަށެވެ. توحيد އަށް ހެކިވީ ބަޔަކަށެވެ. ﷲ އެއީ އެއްކައުވަންތަ إله ކަން ދެނެތިބެ، އެކަމަށް ހެކިވީ ބަޔަކަށެވެ. (އެހެންވީއިރު، ﷲ ފިޔަވައި އެކި ފަރާތްތަކަށް އަޅުކަންކުރި މީހުންނަށް شفاعة ގެ އެއްވެސް منفع އެއް ނެތެވެ. އެއީ توحيد އަށް ހެކިވީ ބައެއް ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެއީ އެޔާ އިދިކޮޅު ބައެކެވެ. مشرك ންނެވެ.

  151. 43:87

    وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ ٱللَّهُ ۖ فَأَنَّىٰ يُؤْفَكُونَ

    Wa-laʹiñ saʹaltahum man khalaq̣ahum layaq̣oolun nallaahu faʹannaa yuʹfakoon?

    އޭ رسول الله އެވެ. ކަލޭގެފާނު އެމީހުން ކުރެން يعني އެ مشرك ން ކުރެން އެމީހުން ހެއްދެވީ ކާކުތޯ އަހައިފިއްޔާ، ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. އެހެންވީއިރު އެމީހުން ﷲ އަށް އަޅުކަން خلاص ނުކޮށް، އެހެން ފަރާތްފަރާތަށް އަޅުކަން ކުރުން އެމީހުންނަށް حقّ ވާނީ ކޮންފަދައަކުން ހެއްޔެވެ؟ އެއީ އެމީހުން ހަދާ ބޮޑު ދޮގެކެވެ.

  152. 43:88

    وَقِيلِهِۦ يَـٰرَبِّ إِنَّ هَـٰٓؤُلَآءِ قَوْمٌ لَّا يُؤْمِنُونَ

    Wa-q̣eelihee yaa-Rabbi ʹinna haaaʹulaaaʹi q̣awmul laa yuʹminoon!

    އަދި ކަލޭގެފާނުންގެ ބަސްފުޅު - يعني رسول الله ﷺ ގެ ބަސްފުޅު "އޭ އަޅުގެ ربّ އެވެ. ހަމަކަށަވަރުން މި މީހުން إيمان އެއް ނުވެއެވެ." އެ ބަސްފުޅު ﷲ تعالى ދެނެވޮޑިގެން ވެއެވެ. އެ شكوى ގެ އަޑުފުޅު އެކަލާނގެ އައްސަވާ ވޮޑިގެން ވެއެވެ. (އޭގެ جواب ގައި އެކަލާނގެ وحي ކުރެއްވިއެވެ.)

  153. 43:89

    فَٱصْفَحْ عَنْهُمْ وَقُلْ سَلَـٰمٌ ۚ فَسَوْفَ يَعْلَمُونَ

    Faṣfaḥ ʻanhum wa-q̣ul salaam! Fasawfa yaʻlamoon!

    އޭ رسول الله އެވެ. އެމީހުންގެ ފަރާތުން އެނބުރި ހުށަހޮޅިވަޑައިގަންނަވާށެވެ. އަޅައިނުލައްވާށެވެ. އަދި އެމީހުންނަށް ވިދާޅުވާށެވެ. سلام އެވެ. (އެއީ سلام ކުރުމުގެ މާނައިގައި ވާ سلام އެއް ނޫނެވެ. އަދި ކިޔެއްހެއްޔެވެ؟ އެއީ އެމީހުންގެ ފަރާތުން އަތްދޫކޮށްލުމޭ ބުނާ މާނައިގައި ވާ سلام އެކެވެ.) قيامة ދުވަހުން ނިކަންހުރެ (އެއީ އިދިކޮޅު ކަމުގެ ނަތީޖާ / ވޭންދެނިވި عذاب) އެމީހުންނަށް އެނގިދާނެއެވެ. އެކަމުގެ ރަހަ ދެކޭނެއެވެ.

  154. Surah Ad-DukhanBegins here at 44:1

  155. 44:1

    حمٓ

    Ḥaa-Meeem.

    حم މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ.\n• ދަންނައެވެ. قرآن ގެ ބައެއް ސޫރަތް ފެށޭ ތަންތާ ހުންނަ މިބާވަތުގެ ވަކި އަކުރުތަކާމެދު مفسّر ންގެ މެދުގައި ތަފާތު ވާހަކަ ދެކެވިފައި ވެއެވެ. އެވާހަކަތަކުގެ خلاصة އިން مهمّ ދެ ފައިދާއެއް ކުރެވެއެވެ.\n1- އެއްކަމަކީ رسول الله ﷺ އަށް قرآن ބާވައިލެއްވުނު ވަގުތުގައި ތިބި ކާފަރުންނާއި، مشرك ންވެސް قرآن އަޑުއެހުމުން މަނާވެގަނެއެވެ. އެއީ އެއިން އަސަރެއްކޮށް، إيمان ވެވިދާނޭތީއެވެ. އެހެންވެ އެމީހުންގެ ތެރޭގައި مشهور ވެގެން ނުވާ صيغة ތަކަކުން - عبارة ތަކަކުން - އައީމާ ދެން އެ كلمة ތައް ބާރު އަޑުން އަޑުދަމާލާފައި ކީމާ އަހައިފި މީހާ އެޔާ ދިމާއަށް ކަންފަތް ދިއްކޮށްލުމުގެ شوق ވެރިކަން ބޮޑަށް އުފެދި ކޮންމެ ގޮތަކުންވެސް އަހައިލާ ހިތްވުމަކީ ގާތްކަމެކެވެ. އަދި އަހައިލައިފިއްޔާ ހިތަށް އަސަރުކޮށް، ތެދުމަގަށް واصل ވުން ގާތެވެ. މިއީ އެއް ފައިދާއެވެ.\n2- ދެވަނަ ފައިދާއަކީ، އެވަގުތު عربى ންގެ مشرك ންގެ دعوى އަކީ، قرآن އަކީ إلهى وحي އެއް ނޫންކަމެވެ. އަދި ކިޔެއްހެއްޔެވެ؟ އެއީ ޅެމެކެވެ. ނުވަތަ سحر އެކެވެ. ނުވަތަ كهين އެއްގެ ބަހެކެވެ. ނުވަތަ އިސްވެދިޔަ މީހުންގެ ބޭކާރު ވާހަކަތަކެކެވެ. އެހެންވެ ﷲ تعالى އެމީހުންނަށް ގޮންޖެއްސެވީއެވެ. އެފަދަ އެންމެ އާޔަތެއް ނުވަތަ ދިހަ ސޫރަތް، ނުވަތަ އެފަދަ قرآن އެއް އެމީހުންވެސް އެކުލެވުމަށް ގޮންޖެއްސެވީއެވެ. وحي ކުރައްވާ ކަހަލައެވެ. ކަލޭމެން ތިޔަ ބުނަނީ ތެދެއް ވިއްޔާ އެފަދަ قرآن އެއް ނިކަން ގެނަސްބަލާށެވެ. އެ ފޮތް އެވަނީ ހަމަ ކަލޭމެން ދަންނަ އަކުރުތައް ކަމުގައިވާ الم ފަދަ، حم ފަދަ، طس ފަދަ، ق ފަދަ މިފަދަ އަކުރުންނެވެ. ކަލޭމެންނަކީ ހަމަ ބަހަށް މޮޅު މާހިރުންނެވެ. މިއެވެ. މި އަކުރުތަކުގެ އެއް مَقْصَد އެއީކަމުގައި ވުންވެސް އެކަށީގެން ވެއެވެ. والله أعلم = تفسير أيسرالتّفاسير =

  156. 44:2

    وَٱلْكِتَـٰبِ ٱلْمُبِينِ

    Wal-Kitaabil Mubeen.

    حكم ތައް ބަޔާންކޮށްދެއްވާ ފޮތް ގަންދެއްވައި ހުވައި وحي ކުރައްވަމެވެ.

  157. 44:3

    إِنَّآ أَنزَلْنَـٰهُ فِى لَيْلَةٍ مُّبَـٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ

    ʹInnaaa ʹañzalnaahu fee laylatim mubaarakatin ʹinnaa kunnaa muñẓireen.

    ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެ ފޮތް، يعني ކީރިތި قرآن ބާވައިލެއްވީ بركاة ތެރިވެގެންވާ ރެއެއްގައެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެއީ إنذار ކުރައްވާ ކަލަކީމެވެ. (އެހެންވެ ފޮތް ބާވައިލައްވައި، رسول ބޭކަލުން ފޮނުއްވައި، އަދި މިނޫންވެސް ގޮތްގޮތަށް إنذار ކުރައްވަމެވެ. އެއީ ނުކިޔަމަންތެރީންނަށް ދުނިޔެއާއި، آخرة ގައިވެސް ނުރައްކަލާއި، عذاب ހުރިކަމުގެ ވާހަކައިންނެވެ.

  158. 44:4

    فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ

    Feehaa yufraq̣u kullu ʹamrin ḥakeem,

    އަދި އެރޭ ކަނޑައެޅޭ ކޮންމެ حكم އެއް ތިމަން ރަސްކަލާނގެ تفصيل ކުރައްވައި، بيان ކުރައްވަމެވެ. ދަންނައެވެ. އެރެއަކީ ليلة القدر ވިލޭރެއެވެ. މިންވަރު ކުރައްވާ ރެއެވެ. އެރޭ އެކަލާނގެ އަންނަ އަހަރުގެ މަރުވާ މީހުންނާއި، ދިރުއްވާ މީހުން ހިމަނުއްވައި ރިޒުގުގެ ނިޔާތަކާއި، ހެވާއި، ނުބަޔާއި، ދެންވެސް އެކަލާނގެ އިރާދަކުރެއްވި ކޮންމެ ކަމެއް އެރޭ تفصيل ކުރައްވައި بيان ކުރައްވައެވެ. އެރެއަކީ رمضان މަހުގެ ރެއެއް ކަމަށް قرآن ގެ نصّ ން ސާބިތުވެއެވެ. شعبان މަހުގެ 15 ވިލޭރޭ ކަމަށް ބުނާ ރިވާޔަތެއްވެސް ވެއެވެ. އެހެން ނަމަވެސް އެއީ ضعيف ރިވާޔަތެކެވެ. = تفسير إبن كثير =

  159. 44:5

    أَمْرًا مِّنْ عِندِنَآ ۚ إِنَّا كُنَّا مُرْسِلِينَ

    ʹAmram min ʻiñdinaa. ʹInnaa kunnaa mursileen―

    އެކަމަކީ ތިމަން ރަސްކަލާނގެ حضرة ން ވާ أمر އެކެވެ. އެބަހީ قرآن ބާވައިލެއްވުމަކީ ތިމަން ރަސްކަލާނގެ حضرة ން ވާ ކަމެކެވެ. އަދި އެރޭ، ކަންތައްތައް بيان ކުރައްވައި، تفصيل ކުރެއްވުމަކީ ތިމަން ރަސްކަލާނގެ حضرة ން ހިންގަވާ ކަމެކެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެ رسول ބޭކަލުންނާއި، نبي ބޭކަލުން ފޮނުއްވަމެވެ.

  160. 44:6

    رَحْمَةً مِّن رَّبِّكَ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ

    Raḥmatam mir Rabbik: ʹinnahoo Huwas Sameeʻul ʻAleem;

    އޭ رسول الله އެވެ. އެކަމަކީ ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ربّ ގެ رحمة އެކެވެ. (އެބަހީ ءادم ގެ ދަރީންގެ ގާތަށް رسول ބޭކަލުންނާއި، نبي ބޭކަލުން ފޮނުއްވައި، އަދި ފޮތްތައް ބާވައިލައްވަނީ އެއީ ތިމަން ރަސްކަލާނގެ رحمة އެވެ.) ހަމަކަށަވަރުން އެކަލާނގެއީ އަޅުތަކުންގެ އެންމެހައި އަޑުތަކެއް އައްސަވާވޮޑިގެން، އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.

  161. 44:7

    رَبِّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ

    Rabbis samaawaati wal-ʹarḍi wa-maa baynahumaa, Iñ kuntum mooq̣ineen.

    އެކަލާނގެއީ އުޑުތަކާއި، ބިމާއި، އަދި އެ ދެމެދުގައި ވާހައި ތަކެތީގެ ވެރި ކަލާނގެއެވެ. ربّ އެވެ. އެކަން ތިޔަބައިމީހުން يقين ކުރާނަމަ، ތިޔަބައިމީހުންނަށް ރަނގަޅަށް އެނގޭނެއެވެ. އެހެންވެ އެކަލާނގެއަށް އަޅުކަން ކުރާށެވެ.

  162. 44:8

    لَآ إِلَـٰهَ إِلَّا هُوَ يُحْىِۦ وَيُمِيتُ ۖ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ

    Laaa ʹilaaha ʹillaa Huwa yuḥyee wa-yumeet:― Rabbukum wa-Rabbu ʹaabaaaʹikumul ʹawwaleen.

    އެކަލާނގެ ފިޔަވައި އަޅުކަންވެވުން حقّ އެއްވެސް إله އެއް ނުވެއެވެ. އެކަލާނގެއީ ތަކެތި ދިރުއްވާ، މަރުއްވާ ކަލާނގެއެވެ. އެކަލާނގެއީ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެވެސް ربّ އެވެ.

  163. 44:9

    بَلْ هُمْ فِى شَكٍّ يَلْعَبُونَ

    Bal hum fee shakkiñy yalʻaboon.

    އަދި ކިޔެއްހެއްޔެވެ؟ އެމީހުން އެވަނި ޝައްކެއްގައެވެ. (ﷲ ގެ އެއްކައުވަންތަ ކަމާއި، محشر އަށް ފޮނުއްވުމާއި، މިފަދަ ކަންކަމާމެދު އެމީހުން އެވަނީ شكّ އެއްގައެވެ. يقين އެއް ނުވެއެވެ.) އެމީހުން ކުޅެނީއެވެ. އެބަހީ ﷲ އީ އެމީހުން ހެއްދެވި ކަލާނގެ ކަމުގައިވެސް އެމީހުން إقرار ވެއެވެ. އުޑުތަކާއި، ބިން ހެއްދެވީ ކާކުތޯ އަހައިފިއްޔާވެސް އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. މިފަދަ إقرار ތަކުގައި އެމީހުން يقين އެއް ނޫނެވެ. يقين ނަމަ އެކަލާނގެއަށް އަޅުކަން ކުރުމަކަށް އިންކާރު ނުކުރީހެވެ. އެމީހުން ހަމަ ކުޅެނީއެވެ.

  164. 44:10

    فَٱرْتَقِبْ يَوْمَ تَأْتِى ٱلسَّمَآءُ بِدُخَانٍ مُّبِينٍ

    Fartaq̣ib Yawma taʹtis samaaaʹu bi-DUKHAANIM mubeen,

    އޭ رسول الله އެވެ. އުޑު ދުންގަނޑެއްގެ ސިފައިގައި ފެންނަ ދުވަހަށް ކަލޭގެފާނު إنتظار ކުރައްވާށެވެ.

  165. 44:11

    يَغْشَى ٱلنَّاسَ ۖ هَـٰذَا عَذَابٌ أَلِيمٌ

    Yag̣shan naas: haaẓaa ʻAẓaabun ʹaleem.

    އެދުވަހުން އޭގައި މީސްތަކުން ނިވައިވެގެން ވެއެވެ. އަދި މީސްތަކުން ބުނާނެއެވެ. ނުވަތަ ﷲ އަންގަވާނެއެވެ. މިއީ ވޭންދެނިވި عذاب އެކެވެ.\n• ދަންނައެވެ. މި އާޔަތްތަކުގައި މި بيان ވެގެންވާ ދުމާ ދޭތެރޭ ދަންނަ ބޭކަލުންގެ مشهور ދެބަހެއް ވެއެވެ.\nފުރަތަމަ ބަހަކީ އެ ދުމަކީ އެއީ قيامة ވުމުގެ ތަންކޮޅެއް ކުރީން ދުނިޔެއަށް ފެތުރޭ ދުމެކެވެ. قيامة ގެ علامة އެކެވެ. ސާޅީސް ދުވަސް ވާނދެން އެ ދުންގަނޑު ބިންމަތީގައި ފެތުރިފައި ވާނޭކަމަށް ވެއެވެ.\nދެވަނަ ބަހަކީ މި އާޔަތުގައި މި بيان ކުރައްވާ ދުން مكّة ގެ قريش ންނަށް ދިމާވި ކަމަށެވެ. އެޒަމާނުގައި އެބަހީ رسول الله ﷺ دين އަށް ގޮވައިލައްވައި، އެމީހުން إيمان ނުވުމުން އެކަލޭގެފާނު އެމީހުންގެ މައްޗަށް ބަދު دعاء އެއް ކުރެއްވިއެވެ. އޭގެ ފަހުން އެމީހުންނަށް ތަދުމަޑުކަމެއް ދިމާވީއެވެ. ބަނޑުހައިވެގެންގޮސް ޖަނަވާރުގެ ކަށިވެސް ކާ ހިސާބަށް ދިޔައެވެ. އަދި ބައެއް مفسّر ން ލިޔުއްވާފައި ވަނީ ބައެއް މީހުން ކެހެރި ނުވަތަ ކަފަ ކައި، ލެއިބޮއި ހެދި ކަމުގައެވެ. އުޑާދިމާ މައްޗަށް ބަލައިލީމާ ފެންނަނީ ދުންގަނޑެއް ހެންނެވެ. އެއީ ބަނޑުހައިވެގެން ގޮސް ވާނުވާގޮތް ނޭނގިގެންނެވެ. ދެން އަލުންވެސް އެމީހުން رسول الله ﷺ އަރިހަށް ގޮސް އެމީހުން إيمان ވުމުގެ شرط ގެ މައްޗަށް އެކަން ލުއިކޮށްދެއްވައި، كشف ކޮށްދެއްވުން އެދުނެވެ. އެވާހަކަ ބާރަވަނަ އާޔަތާއި، ތޭރަވަނަ އާޔަތާއި، އޭގެ ފަހުގެ ދެ އާޔަތުގައި އެވަނީއެވެ. = أيسر التّفاسير - زبدة التّفسير =

  166. 44:12

    رَّبَّنَا ٱكْشِفْ عَنَّا ٱلْعَذَابَ إِنَّا مُؤْمِنُونَ

    Rabbanak shif ʻannal ʻaẓaaba ʹinnaa Muʹminoon!

    (އެމީހުން رسول الله ﷺ މެދުވެރިކޮށް، ދެންނެވި ކަމުގައި ވެއެވެ.) އޭ އަޅަމެންގެ ربّ އެވެ. އަޅަމެންގެ ކިބައިން މި عذاب ނަންގަވައި، كشف ކުރައްވާނދޭވެ. ހަމަކަށަވަރުން مؤمن ން ކަމުގައި އަޅަ މެން ވާހުށީމެވެ. (މީގެ جواب ގައި ﷲ وحي ކުރެއްވިއެވެ.)

  167. 44:13

    أَنَّىٰ لَهُمُ ٱلذِّكْرَىٰ وَقَدْ جَآءَهُمْ رَسُولٌ مُّبِينٌ

    ʹAnnaa lahumuẓ Ẓikraa wa-q̣ad jaaaʹahum Rasoolum mubeen,―

    އެމީހުން وعظ އާއި، نصيحة ލިބިގަންނާނީ ކޮންފަދައަކުން ހެއްޔެވެ؟ އެމީހުން ގާތަށް حقّ އާއި، باطل އޮޅުންފިލުވައިދޭނޭ، އަދި بيان ކޮށްދެއްވާ رسول ބޭކަލަކު ވަޑައިގެން އެ ހުންނެވީއެވެ. (އެއީ حقّ ތެދު رسول ބޭކަލަކުކަން އެމީހުން ރަނގަޅަށް ދަނެއެވެ.)

  168. 44:14

    ثُمَّ تَوَلَّوْا۟ عَنْهُ وَقَالُوا۟ مُعَلَّمٌ مَّجْنُونٌ

    S̤umma tawallaw ʻanhu wa-q̣aaloo muʻallamum majnoon.

    ދެން އެއަށްފަހު އެމީހުން އެ ރަސޫލާއާއި، އެ رسول އާ ގެންނެވި ތަކެއްޗަށް ފުރަގަސްދިނީއެވެ. އަދި އެމީހުން ބުނީ އެކަލޭގެފާނަކީ އެހެން ءادم ގެ ދަރިޔަކު އެކަލޭގެފާނަށް އުނގަންނައިދީފައިވާ މީހަކު ކަމަށެވެ. އަދި އެއީ މޮޔައެއް ކަމަށެވެ.

  169. 44:15

    إِنَّا كَاشِفُوا۟ ٱلْعَذَابِ قَلِيلًا ۚ إِنَّكُمْ عَآئِدُونَ

    ʹInnaa kaashiful ʻaẓaabi q̣aleelan ʹinnakum ʻaaaʹidoon.

    ދެން ތިމަން ރަސްކަލާނގެ އެމީހުންގެ ކިބައިން އެ عذاب، يعني އެ ތަދުމަޑުކަން ދުވަސްކޮޅަކަށް ނެންގެވީމެވެ. (އެއީ އެމީހުން إيمان ވޭތޯ ބެއްލެވުމަށެވެ.) އެމީހުން އަލުންވެސް އެމީހުން ކުރީން ތިބި ނުކިޔަމަންތެރިކަމަށް رجوع ވީއެވެ. شرك ކުރަން ފެށީއެވެ.

  170. 44:16

    يَوْمَ نَبْطِشُ ٱلْبَطْشَةَ ٱلْكُبْرَىٰٓ إِنَّا مُنتَقِمُونَ

    Yawma nabṭishul baṭshatal kubraa: ʹinnaa muñtaq̣imoon!

    ގަދަވެގެންވާ ހިއްޕެވުމަކުން ތިމަން ރަސްކަލާނގެ އެމީހުން ހިއްޕަވާ ދުވަސް (ހަނދުމަފުޅު ކުރައްވާށެވެ.) ހަމަކަށަވަރުން އެމީހުންގެ ކިބައިން ބަދަލުހިއްޕަވާ ހުށީމެވެ.\nދަންނައެވެ. މިއާޔަތުގައި މި ނަންގަނެވޭ ދުވަހަކާމެދު ބަސް ތަފާތެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އެއީ ބަދުރު ހަނގުރާމައިގެ ދުވަސް ކަމަށެވެ. ފަހެ مكّة ގެ قريش ންނަށް ދިމާވެފައި އޮތް ބަނޑުހައިހޫނުކަން ﷲ ލުއިކުރެއްވުމުންވެސް އެމީހުން އީމާން ނުވިއެވެ. ދެން ބަދުރު ހަނގުރާމައިގައި އެމީހުންގެ ތެރެއިން ނަގާކިޔަން އުޅުނު ބޮޑެތި ކާފަރުން ﷲ ހިއްޕަވައި، ދުނިޔޭގައިވެސް ދެރަކަން ދެއްކެވީއެވެ. އަދި آخرة ދުވަހުން ހުރީވެސް އަބަދީ عذاب އެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ މިއާޔަތުގައި މި ذكر ކުރެވޭ ދުވަހަކީ قيامة ދުވަސް ކަމަށެވެ. އެދުވަހުން އެމީހުންނަށް ގަދަވެގެންވާ عذاب ﷲ ދެއްވާ ހުއްޓެވެ. والله أعلم بالصّواب

  171. 44:17

    ۞ وَلَقَدْ فَتَنَّا قَبْلَهُمْ قَوْمَ فِرْعَوْنَ وَجَآءَهُمْ رَسُولٌ كَرِيمٌ

    Wa-laq̣ad fatannaa q̣ablahum q̣awma Firʻawna wa-jaaaʹahum Rasooluñ Kareem,

    އަދި ހަމަކަށަވަރުން އެމީހުންގެ ކުރީން - އެބަހީ مكّة ގެ قريش ންގެ ކުރީން - ތިމަން ރަސްކަލާނގެ فرعون ގެ قوم ގެ މީހުން إمتحان ކުރީމެވެ. އަދި އެމީހުންގެ ގާތަށް މާތްވެގެންވާ رسول ބޭކަލަކު ވަޑައިގެންނެވިއެވެ. (އެއީ موسى عَلَيْه السلام އެވެ.)

  172. 44:18

    أَنْ أَدُّوٓا۟ إِلَىَّ عِبَادَ ٱللَّهِ ۖ إِنِّى لَكُمْ رَسُولٌ أَمِينٌ

    ʹAn ʹaddooo ʹilayya ʻibaadal laah: ʹinnee lakum Rasoolun ʹameen;

    (އެކަލޭގެފާނު ވިދާޅުވިއެވެ.) ތިމަން ކަލޭގަފާނާއެކު ﷲ ގެ އަޅުތަކުން يعني بني إسرائيل ގެ މީހުން ފޮނުވައިދޭށެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނީ ކަލޭމެންނަށް ވާ أمانة ތެރި رسول އަކީމެވެ. (ތިމަން ކަލޭގެފާނު މި ރިސާލަތުގައި خيانة ތެރި ނުވާހުށީމެވެ.)

  173. 44:19

    وَأَن لَّا تَعْلُوا۟ عَلَى ٱللَّهِ ۖ إِنِّىٓ ءَاتِيكُم بِسُلْطَـٰنٍ مُّبِينٍ

    Wa-ʹal laa taʻloo ʻalal laah: ʹinneee ʹaateekum̃ bisulṭaanim mubeen.

    އަދި ތިޔަބައިމީހުން ﷲ ގެ މައްޗަށް ބޮޑާވެ، كبر ވެރިވެނުގަންނާށެވެ. (މަތިހަށި ނަގައި ނުއުޅޭށެވެ.) އެކަލާނގެއަށް ކިޔަމަންތެރި ވާށެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނު ތިޔަބައިމީހުންގެ ގާތަށް بيان ވެގެންވާ دليل ގެނަސްދޭހުށީމެވެ. معجزة ގެނަސްދޭހުށީމެވެ.

  174. 44:20

    وَإِنِّى عُذْتُ بِرَبِّى وَرَبِّكُمْ أَن تَرْجُمُونِ

    Wa-ʹinnee ʻuẓtu bi-Rabbee wa-Rabbikum ʹañ tarjumoon.

    އަދި ހަމަކަށަވަރުން ތިމަން ކަލޭގެފާނު ތިމަންކަލޭގެފާނާއި، އަދި ކަލޭމެންގެވެސް ربّ ގެ حضرة ން ރައްކާތެރިކަމާއި، حماية މި އެދެނީ ކަލޭމެން ތިމަން ކަލޭގެފާނު رجم ކޮށްފާނޭތީއެވެ. ގަލުން ތަޅައި، މަރައިފާނޭތީއެވެ.

  175. 44:21

    وَإِن لَّمْ تُؤْمِنُوا۟ لِى فَٱعْتَزِلُونِ

    Wa-ʹil lam tuʹminoo lee faʻtaziloon.

    އަދި ކަލޭމެން ތިމަން ކަލޭގެފާނަށް إيمان ނުވަންޏާ އަދި ތިމަން ކަލޭގެފާނުންގެ ބަސްފުޅު ތެދުނުކުރަންޏާ ކަލޭމެން ތިމަން ކަލޭގެފާނު ދޫކޮށްލާށެވެ. (ތިމަން ކަލޭގެފާނަށް އަނިޔާކޮށް، އުނދަގޫ ނުކުރާށެވެ.)

  176. 44:22

    فَدَعَا رَبَّهُۥٓ أَنَّ هَـٰٓؤُلَآءِ قَوْمٌ مُّجْرِمُونَ

    Fadaʻaa Rabbahooo ʹanna haaaʹulaaaʹi q̣awmum mujrimoon.

    ދެންފަހެ އެކަލޭގެފާނުންގެ ربّ އަށް دعاء ދެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން މިބައިމީހުންނަކީ (يعني فرعون އާއި، އޭނާގެ قوم ގެ މީހުންނަކީ) ހަމަކަށަވަރުންވެސް مجرم ންނެވެ. ކުށްވެރީންނެވެ. ފާފަވެރީންނެވެ.

  177. 44:23

    فَأَسْرِ بِعِبَادِى لَيْلًا إِنَّكُم مُّتَّبَعُونَ

    Faʹasri biʹibaadee laylan ʹinnakum muttabaʻoon.

    ފަހެ ﷲ އެކަލޭގެފާނުންގެ دعاء އިޖާބަކުރައްވައި وحي ކުރެއްވިއެވެ. (އޭ موسى عَلَيْه السلام އެވެ. ކަލޭގެފާނު ތިމަން ރަސްކަލާނގެ އަޅުތަކުންނާއިގެން، އެބަހީ ބަނީ އިސްރާއީލު މީހުންނާއިގެން އަވަސް އަވަހަށް (مصر ން) ނުކުމެވަޑައިގަންނަވާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަކީ تبع ވެވިގެންވާ ބައެކެވެ. އެބަހީ فرعون އާއި، އޭނާގެ لشكر ތިޔަބައިމީހުންނާ تبع ވެގެން އަންނާނެއެވެ.

  178. 44:24

    وَٱتْرُكِ ٱلْبَحْرَ رَهْوًا ۖ إِنَّهُمْ جُندٌ مُّغْرَقُونَ

    Watrukil baḥra rahwaa: ʹinnahum juñdum mug̣raq̣oon.

    އަދި ކަނޑު ހަމަހިމޭންކޮށް، حركاة އެއް ނުކުރާ ގޮތަށް ދޫކޮށްލާފައި ބަހައްޓާށެވެ. ހަމަކަށަވަރުން އެމީހުންނަކީ - فرعون އާއި، އޭނާގެ لشكر އަކީ - ކަނޑުގައި غرق ވެވޭނޭ ބައެކެވެ. ދަންނައެވެ. މިތަނުން މި އިޝާރަތްވަނީ موسى عَلَيْه السلام ﷲ ގެ أمر ފުޅަށް ކަނޑުގައި އެކަލޭގެފާނުންގެ އަސާކޮޅުން ޖެއްސެވީމާ، ކަނޑުގެ ފެންގަނޑު ބައިބައިވެ، މައްޗަށް އަރައި، ހުއްޓިފައި ހުރިކަމާއި ދެން ކަނޑުގެ އެ މަގުތަކުން بني إسرائيل ގެ މީހުން ކަނޑުގެ އަނެއް ފަރާތަށް އެރީމާވެސް ކަނޑު އެހުރިގޮތަށްموسى عَلَيْه السلام قصد ފުޅުކުރެއްވީ ފަހަތުން فرعون އާއި، އޭނާގެ لشكر އައުމުގެ ކުރީން ކަނޑުގައި ދެވަނަ ފަހަރަށް އަސާކޮޅުން ޖައްސަވައި ކަނޑު އެއްވަރުކުރައްވާށެވެ. އެހެންވެ ﷲ އެންގެވީ ކަނޑު އެގޮތަށް ބެހެއްޓެވުމަށެވެ. އެއީ فرعون އާއި، އޭނާގެ لشكر ކަނޑަށް ވަދެގަންނާނދެނެވެ. ވަދެގަތީމާ، ދެން ކަނޑު އިހު އޮތްގޮތަށް، ﷲ ހެއްދެވުމަށެވެ. ކަން ވީވެސް އެހެންނެވެ. فرعون އާއި، އޭނާގެ لشكر މަރުވީ ކަނޑުގައި غرق ވެގެންނެވެ. އެމީހުން ކަނޑުގެ ތެރެއަށް ވެދެގަތުމުން ހަމަ އާދައިގެ ގޮތަށް ކަނޑު ދިޔައިކުރައްވައި، ކަނޑަކަށް ހެއްދެވީއެވެ.

  179. 44:25

    كَمْ تَرَكُوا۟ مِن جَنَّـٰتٍ وَعُيُونٍ

    Kam tarakoo miñ jannaatiñw waʻuyoon,

    އެބައިމީހުން، يعني فرعون އާއި، އޭނާގެ لشكر ގެ މީހުން، ކިހައި ބަގީޗާއަކާއި، ކިހައި ކޯރަކާއި، އަދި

  180. 44:26

    وَزُرُوعٍ وَمَقَامٍ كَرِيمٍ

    Wa-zurooʻiñw Wamaq̣aamiñ kareem,

    ކިހައި ދަނޑުބިމަކާއި، އަދި ރަނގަޅުވެގެންވާ ގެތަކާއި، ކިހައިވަރަކަށް ދޫކުރި ހެއްޔެވެ؟ (އެބަހީ އެބާވަތުގެ ވަރަށް ގިނަ އެއްޗެތި އެމީހުން ދޫކުރިއެވެ.)

  181. 44:27

    وَنَعْمَةٍ كَانُوا۟ فِيهَا فَـٰكِهِينَ

    Wa-naʻmatiñ kaanoo feehaa faakiheen!

    އަދި މިނޫންވެސް ކިހައި ގިނަ މުދަލާއި، نعمة ގައި އެމީހުން މަޖާނެގި ކަމުގައި ވިހެއްޔެވެ؟ އެބަހީ ވަރަށްގިނަ نعمة އާއި، އަރާމުގައި އެމީހުން މަޖާނެގިއެވެ.

  182. 44:28

    كَذَٰلِكَ ۖ وَأَوْرَثْنَـٰهَا قَوْمًا ءَاخَرِينَ

    Kaẓaalik! wa-ʹawras̤naahaa q̣awman ʹaakhareen!

    އަދި ހަމަ އެފަދައިން އެ މުދާތަކާއި، އެ ބަގީޗާތަކާއި، ކޯރުތަކާއި، އެ ހުރިހައި ތަކެތި ތިމަން ރަސްކަލާނގެ އެހެން ބަޔަކަށް ވާރުތަކޮށްދެއްވީމެވެ. އެބަޔަކީ އެއީ بني إسرائيل ންނެވެ.

  183. 44:29

    فَمَا بَكَتْ عَلَيْهِمُ ٱلسَّمَآءُ وَٱلْأَرْضُ وَمَا كَانُوا۟ مُنظَرِينَ

    Famaa bakat ʻalayhimus samaaaʹu wal-ʹarḍu wa-maa kaanoo muñz̤̣areen.

    ދެންފަހެ فرعون އާއި، އޭނާގެ لشكر ކަނޑުގައި غرق ވެ، މަރުވެގެން ދިޔައޭ ކިޔާފައި، އުޑާއި، ބިންވެސް އެކަމާ ހިތާމައިން ރޮއިލީއެއްވެސް ނޫނެވެ. (فرعون އަކީ އޭނާ ބުނިގޮތުން ކަލާނގެ ކަމުގައި ވީނަމަ، ކަލާނގެ މަރުވެގެން ރޯންޖެހުނީހެވެ. އެއިންވެސް ސާބިތުވަނީ އޭނާގެ ދޮގުވެރިކަމެވެ. އަދި އެމީހުން މަރުވާން ދިމާވި ވަގުތު އެމީހުންނަށް އެއްވެސް ތަންވަޅެއް، مهلة އެއް، އަދި إنتظار އެއްވެސް ނުލިބުނެވެ.)

  184. 44:30

    وَلَقَدْ نَجَّيْنَا بَنِىٓ إِسْرَٰٓءِيلَ مِنَ ٱلْعَذَابِ ٱلْمُهِينِ

    Wa-laq̣ad najjaynaa Baneee ʹIsraaaʹeela minal ʻaẓaabil muheen.

    އަދި ހަމަކަށަވަރުން އިހާނާތްތެރި ވެގެންވާ عذاب ން (ނުބައި އުނދަގުލުން) ތިމަން ރަސްކަލާނގެ بني إسرائيل ގެ މީހުން ސަލާމަތްކުރެއްވީމެވެ.

  185. 44:31

    مِن فِرْعَوْنَ ۚ إِنَّهُۥ كَانَ عَالِيًا مِّنَ ٱلْمُسْرِفِينَ

    Miñ Firʻawn: ʹinnahoo kaana ʻaaliyam minal musrifeen.

    އެއީ فرعون ގެ ކިބައިންނެވެ. (فرعون ގެ ނުބައި އަނިޔާއިންނެވެ.) ހަމަކަށަވަރުން އެ فرعون އަކީ ކާފަރުކަމާއި، އުރެދުމުގައި މަތީ ވަނައެއްގައި ވާ މީހަކު ކަމުގައި ވިއެވެ.

  186. 44:32

    وَلَقَدِ ٱخْتَرْنَـٰهُمْ عَلَىٰ عِلْمٍ عَلَى ٱلْعَـٰلَمِينَ

    Wa-laq̣adikh tarnaahum ʻalaa ʻilmin ʻalal ʻaalameen,

    އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެމީހުން، يعني ބަނީ އިސްރާއީލުންގެ މީހުން އޭރު ދުނިޔޭގައި ތިބި އެންމެހައި މީސްތަކުންގެ މައްޗަށް خاصّ ކުރައްވައި، إختيار ކުރެއްވީމެވެ. އެއީ ތިމަން ރަސްކަލާނގެ ފުރިހަމަ ދެނެވޮޑިގަތުމުގެ މަތީންނެވެ. (އެމީހުން إختيار ކުރެއްވީ އެމީހުންގެ ތެރެއިން ގިނަ ރަސޫލު ބޭކަލުން ވަޑައިގަތުމުގެ ސަބަބުންނާއި، އަދި موسى عَليه السلام ގެ އަރިހުގައި އެމީހުން އުފުލި ބުރަތަކާއި، ކެތްތެރިކަމުގެ ސަބަބުންނާވެސް އެކުގައެވެ.)

  187. 44:33

    وَءَاتَيْنَـٰهُم مِّنَ ٱلْـَٔايَـٰتِ مَا فِيهِ بَلَـٰٓؤٌا۟ مُّبِينٌ

    Waʹaataynaahum minal ʹAayaati maa- feehi balaaaʹum mubeen.

    އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ބޮޑެތިވެގެންވާ معجزات ތައް އެމީހުންނަށް ދެއްވީމެވެ. އެ ކަންކަމުގައި بيان ވެގެންވާ إمتحان އާއި، ގޮތް ބެއްލެވުންތައް އެކުލެވިގެން ވެއެވެ. (އެމީހުންނަށް ﷲ ދެއްކެވި معجزات ތަކުގެ ތެރޭގައި فرعون ގެ އަތްދަށުން އެމީހުން ސަލާމަތް ކުރެއްވުމާއި، އެމީހުންނަށް ޓަކައި ކަނޑު ފެޅުއްވުމާއި ވިލާގަނޑު ހިޔާއެޅުމާއި، منّ އާއި سلوى ބާވައިލެއްވުމާއި، އަދި މިނޫންވެސް ކަންކަން ވެއެވެ.)

  188. 44:34

    إِنَّ هَـٰٓؤُلَآءِ لَيَقُولُونَ

    ʹInna haaaʹulaaaʹi layaq̣ooloon,

    ހަމަކަށަވަރުން މިމީހުން يعني مكّة ގެ مشرك ން އެ ބުނަނީއެވެ.

  189. 44:35

    إِنْ هِىَ إِلَّا مَوْتَتُنَا ٱلْأُولَىٰ وَمَا نَحْنُ بِمُنشَرِينَ

    ʹIn hiya ʹillaa mawtatunal ʹoolaa wa-maa naḥnu bimuñshareen.

    އަހުރެމެން މި ދުނިޔޭގައި މަރުވާ މަރުވުން ނިމުނީމާ ދެން ނިމުނީއެވެ. އޭގެފަހުން ދެން އިތުރު حياة އެއް ނޯންނާނެއެވެ. އަހުރެމެންނަކީ އެއްގޮތަކަށްވެސް ދިރިގެން، ދެވަނަ ފަހަރަށް ފޮނުވޭނޭ ބަޔަކު ކަމުގައި ނުވެއެވެ.

  190. 44:36

    فَأْتُوا۟ بِـَٔابَآئِنَآ إِن كُنتُمْ صَـٰدِقِينَ

    Faʹtoo biʹaabaaaʹinaaa ʹiñ kuñtum ṣaadiq̣een!

    (އޭ محمّد ގެފާނެވެ.) ތިޔަ ވިދާޅުވަނީ ތެދެއް ކަމުގައި ވަންޏާ، އަހުރެމެންގެ އިސްވެދިޔަ ކާބަފައިން ނިކަން ދިރުވައިގެން ގެނަސްދީބަލާށެވެ. (އެމީހުންގެ މި ބަހަކީ ވަރަށް ދަށުދަރަޖައިގެ ބަހެކެވެ. ދުނިޔޭގައި ދިރުވައިގެން ގެންނާނޭ ވާހަކައެއް އެއްވެސް ބޭކަލަކު ވިދާޅެއް ނުވެއެވެ. ކޮންމެ ބޭކަލަކުވެސް ވިދާޅުވަނީ قيامة ދުވަހުން މީސްތަކުން ދިރުއްވައި، حساب ބައްލަވާނޭ ވާހަކައެވެ. އެހެންވީއިރު، އެމީހުންގެ އެ ދަލީލަކީ، އެ ވާހަކައަކީ އެއްވެސް ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ.)

  191. 44:37

    أَهُمْ خَيْرٌ أَمْ قَوْمُ تُبَّعٍ وَٱلَّذِينَ مِن قَبْلِهِمْ ۚ أَهْلَكْنَـٰهُمْ ۖ إِنَّهُمْ كَانُوا۟ مُجْرِمِينَ

    ʹAhum khayrun ʹam q̣awmu Tubbaʻiñw wallaẓeena miñ q̣ablihim? ʹAhlaknaahum ʹinnahum kaanoo mujrimeen.

    يمن ކަރައިގެ حمير ވަންހައިގެ تُبَّع ވަންހައިގެ މީހުންނާއި، ދެންވެސް އޭގެ ކުރީން އިސްވެދިޔަ (نوح قوم - عاد - އަދި ثمود ފަދަ) قوم ތަކަށްވުރެ މިމީހުން، يعني މި قريش ންގެ މީހުން ވަކި ހެވީ ހެއްޔެވެ؟ ބާރު ގަދަވެފައި، މުދާ ގިނައީ ހެއްޔެވެ؟ (އެހެން ނޫނެވެ. އެމީހުން، މުދާ މާ ގިނަވެފައި وصيلة ތައް ގިނައެވެ. މާ ގަދަފަދައެވެ.) ނަމަވެސް އެމީހުންވެސް (ނުކިޔަމަންތެރި ވީހިނދުން) ތިމަން ރަސްކަލާނގެ އެމީހުން ހަލާކު ކުރެއްވީމެވެ. އެމީހުން ވީ ކަނޑައެޅިގެން ނުބައި، ނުލަފާ مجرم ން ކަމުގައެވެ. مشرك ން ކަމުގައެވެ. قريش ންނަށްވެސް ވާނީ ހަމަ އެގޮތެވެ. ނުކިޔަމަންތެރި ވެއްޖެއްޔާ ހަމަ ހަލާކު ކުރައްވާ ހުށީމެވެ.)

  192. 44:38

    وَمَا خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا لَـٰعِبِينَ

    Wa-maa khalaq̣nas samaawaati wal-ʹarḍa wa-maa baynahumaa laaʻibeen.

    އުޑާއި، ބިމާއި، އަދި އެ ދެމެދުގައި ވާހައި ތަކެއްޗާއި، މިތަކެތި ކުޅިވަރު ގޮތެއްގައި ތިމަން ރަސްކަލާނގެ ނުހައްދަވަމެވެ.

  193. 44:39

    مَا خَلَقْنَـٰهُمَآ إِلَّا بِٱلْحَقِّ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

    Maa- khalaq̣naahumaaa ʹillaa bilḥaq̣q̣i wa-laakinna ʹaks̤arahum laa- yaʻlamoon.

    ހަމަ حقّ ގޮތުގައި މެނުވީ ތިމަން ރަސްކަލާނގެ އެ ތަންތަން، يعني އުޑާއި، ބިން ނުހައްދަވަމެވެ. (އެބަހީ އެ ތަންތަން ހެއްދެވީ ހަމަ حقّ ގޮތުގައެވެ. ބޮޑުވެގެންވާ حكمة އަކަށް ޓަކައެވެ.)

  194. 44:40

    إِنَّ يَوْمَ ٱلْفَصْلِ مِيقَـٰتُهُمْ أَجْمَعِينَ

    ʹInna Yawmal faṣli meeq̣aatuhum ʹajmaʻeen.―

    ހަމަކަށަވަރުން ހުރިހާ ތަކެތި ވަކިކުރައްވާ، قيامة ދުވަސް އެއީ އެ ހުރިހާ މީހުން جمع ކުރައްވާ ދުވަހެވެ. (ހެޔޮ މީހުންނާއި، ނުބައި މީހުން، ރަނގަޅާއި، ނުބައި، حقّ އާއި، باطل... މި ހުރިހައި ތަކެތި ވަކިކުރައްވައި ފުރިހަމަ ޖަޒާ ދެއްވާނެއެވެ.)

  195. 44:41

    يَوْمَ لَا يُغْنِى مَوْلًى عَن مَّوْلًى شَيْـًٔا وَلَا هُمْ يُنصَرُونَ

    Yawma laa- yug̣nee mawlan ʻam mawlañ shayʹañw walaa hum yuñṣaroon,

    އެދުވަހުން އެއްވެސް ގާތްމީހަކަށްވެސް، ގާތް އަނެއް މީހަކަށް އެއްވެސް ކަމެއް (ﷲ ގެ إذن ޔާ ނުލައި) ފުއްދައި ނުދެވޭނެއެވެ. އެކަކުގެ ފާފަ އަނެކަކު ނުއުފުލާނެއެވެ. އަދި އެއްވެސް نصر އެއް ލިބޭނޭ ބަޔަކު ކަމުގައި އެމީހުން ނުވެއެވެ. (އެބަހީ ﷲ ގެ عذاب ކަނޑައެޅިފައި އޮތް މީހަކަށް އެ عذاب ދުރުކޮށްދެނޭ ހަމަ އެކަކުވެސް ﷲ މެނުވީ ނުވެއެވެ.)

  196. 44:42

    إِلَّا مَن رَّحِمَ ٱللَّهُ ۚ إِنَّهُۥ هُوَ ٱلْعَزِيزُ ٱلرَّحِيمُ

    ʹIllaa mar raḥimal laah: ʹinnahoo Huwal ʻAzeezur Raḥeem.

    ހަމައެކަނި ﷲ އެމީހަކަށް رحمة ލެއްވި މީހަކު މެނުވީއެވެ. ހަމަކަށަވަރުން އެކަލާނގެއީ عزّة ވަންތަ، އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  197. 44:43

    إِنَّ شَجَرَتَ ٱلزَّقُّومِ

    ʹInna shajarataz Zaq̣q̣oom,

    ހަމަކަށަވަރުން زقّوم ގަސް (ދަންނައެވެ.)

  198. 44:44

    طَعَامُ ٱلْأَثِيمِ

    Ṭaʻaamul ʹas̤eem,―

    އެއީ ފާފަވެރީންގެ ކާނާއެވެ.

  199. 44:45

    كَٱلْمُهْلِ يَغْلِى فِى ٱلْبُطُونِ

    Kalmuhli yag̣lee fil buṭoon,

    ތެލުގެ ގަރުގަނޑެއް ފަދައިން، ނުވަތަ ވިރިފައި ހުންނަ ރަންވަންލޯ ފަދައިން ބަނޑުގެ ތެރޭގައި އެތަކެތި ކެކެއެވެ.

  200. 44:46

    كَغَلْىِ ٱلْحَمِيمِ

    Kag̣alyil ḥameem.

    އެތަކެތި ކެކެނީ އެންމެ ހޫނުގަދަ ފެން ކެކޭފަދައިންނެވެ.

  201. 44:47

    خُذُوهُ فَٱعْتِلُوهُ إِلَىٰ سَوَآءِ ٱلْجَحِيمِ

    Khuẓoohu faʻtiloohu ʹilaa sawaaaʹil Jaḥeem!

    (ނަރަކައިގެ زبانيّة މަލާއިކަތުންނަށް އެންގެވޭނެއެވެ.) ތިޔަ ބޭކަލުން އޭނާ، يعني އެ ކުށްވެރި ފާފަވެރިޔާ ހިފަހައްޓާށެވެ. އަދި ގަދަފަދަކަމާއެކު އޭނާ ދަމާފައި ގެންދާށެވެ. އަދި ނަރަކައިގެ މެދަށް އޭނާ ވައްޓައިލާށެވެ.

  202. 44:48

    ثُمَّ صُبُّوا۟ فَوْقَ رَأْسِهِۦ مِنْ عَذَابِ ٱلْحَمِيمِ

    S̤umma ṣubboo fawq̣a raʹsihee min ʻAẓaabil Ḥameem.

    އަދި އެންމެގަދަ ހޫނު ފެނުގެ ގަދަ عذاب އޭނާގެ ބޮލަށް އޮއްސާށެވެ.

  203. 44:49

    ذُقْ إِنَّكَ أَنتَ ٱلْعَزِيزُ ٱلْكَرِيمُ

    Ẓuq̣! ʹinnaka ʹañtal ʻazeezul kareem!

    (އަދި އޭނާއަށް ތިޔަ ބޭކަލުން / އެ ކުށްވެރި ކަލޭގެއަށް ވިދާޅުވާށެވެ.) ކަލޭ މި عذاب ގެ ރަހަ ލިބިގަންނާށެވެ. ކަލެޔަކީ عزّة ތެރި، މާތް މީހާއެވެ. (މިއީ މަލާމާތުގެ ރާގަކަށް ވިދާޅުވާ، ވިދާޅުވުމެކެވެ.) ދަންނައެވެ. މި އާޔަތުގައި އެވާ "ކަލެޔަކީ عزّة ތެރި، މާތް މީހާއެވެ." މިހެން އެވަނީ ނަރަކައިގައި أبو جهل އަށް عذاب ދެއްވޭ ވަގުތު އޭނާޔާ ދިމާއަށް ބުނެވޭ މަލާމާތުގެ ބަސްފުޅެއް ކަމުގައި ވެއެވެ. އެކަން އެހެން ދިމާވި ސަބަބެއް ކަމުގައި ވަނީ رسول الله ﷺ އޭނާއަށް دين ގެ ވާހަކަ ދެއްކެވި ވަގުތެއްގައި އޭނާ ދެންނެވީ "ކަލޭގެފާނަކަށްވެސް، އަދި ކަލޭގެފާނުންގެ ސާހިބާއަކަށްވެސް އަހުރެންނަށް އެއްވެސް ގޮތެއް ނެހެދޭނެއެވެ. އަހުރެންނަކީ މި بطماء ގައިވާ އެންމެ ގަދަފަދަ މީހާއެވެ. އަހުރެންނަކީ العزيز الكريم އެވެ. (يعني އަހުރެންނަކީ عزّة ތެރި، މާތް މީހާއެވެ.) " އެކަމުގެ މުނާސަބަތުގައި ނަރަކައިން عذاب ދެއްވޭ ވަގުތު އެ كلمة އޭނާއަށް ހަނދާންކޮށްދެއްވީއެވެ. والله أعلم.

  204. 44:50

    إِنَّ هَـٰذَا مَا كُنتُم بِهِۦ تَمْتَرُونَ

    ʹInna haaẓaa maa- kuñtum̃ bihee tamtaroon!

    ހަމަކަށަވަރުން ތިޔަ عذاب އަކީ ތިޔަބައިމީހުން ދުނިޔޭގައި އެޔާމެދު ޝައްކު ކުރަމުންދިޔަ عذاب އެވެ.

  205. 44:51

    إِنَّ ٱلْمُتَّقِينَ فِى مَقَامٍ أَمِينٍ

    ʹInnal Muttaq̣eena fee maq̣aamin ʹameen,

    ހަމަކަށަވަރުން تقوى ވެރީން - އެބަހީ ﷲ އަށް ބިރުވެތިވެ، ކިޔަމަންތެރިވީ މީސްތަކުން - قيامة ދުވަހުން ތިބޭހުށީ އަމާން ވެގެންވާ ތަންތާނގައެވެ. مجلس ތަކުގައެވެ. އެއީ ސުވަރުގޭގައެވެ.

  206. 44:52

    فِى جَنَّـٰتٍ وَعُيُونٍ

    Fee Jannaatiñw Waʻuyoon;

    ސުވަރުގެތަކުގައްޔާއި، އެތާނގެ އެކިއެކި އާރުތަކުގެ نعمة ގައެވެ.

  207. 44:53

    يَلْبَسُونَ مِن سُندُسٍ وَإِسْتَبْرَقٍ مُّتَقَـٰبِلِينَ

    Yalbasoona Miñ suñdusiñw waʹistabraq̣im mutaq̣aabileen;

    އެމީހުން ސުވަރުގޭގައި ފަށުއި ފޭރާމުގެ ތުނިވައްތަރާއި، އޭގެ ބޯވައްތަރުގެ ފޭރާން ލާނެއެވެ. އެމީހުން އެތާ ތިބޭނީވެސް އެއްބަޔަކު އަނެއް ބަޔަކާ ކުރިމަތިލައިގެންނެވެ. (އެބައިމީހުން ތިބޭ އެނދުދާންކޮޅުތައް ބޭނުން ދިމާލަކަށް އެނބުރޭ ހުއްޓެވެ.)

  208. 44:54

    كَذَٰلِكَ وَزَوَّجْنَـٰهُم بِحُورٍ عِينٍ

    Kaẓaalik; wa-zawwajnaahum̃ biḥoorin ʻeen.

    (ސުވަރުގޭގައި) ކަންތައް ހުންނާނީ އެފަދައިންނެވެ. އަދި ލޯ ތަނަވަސްވެގެންވާ، ދޮން، ރީތި އަންހެން ކުދީންނާ (حورالعين ންނާ) ތިމަން ރަސްކަލާނގެ އެމީހުންނާ ކާވެނި ކޮށްދެއްވާ ހުށީމެވެ.

  209. 44:55

    يَدْعُونَ فِيهَا بِكُلِّ فَـٰكِهَةٍ ءَامِنِينَ

    Yadʻoona feeha bikulli faakihatin ʹaamineen;

    އަދި އެއްވެސް ބާވަތެއްގެ ބިރެއް، އަދި ގެއްލުމެއްނެތް މޭވާގެ ކޮންމެ ބާވަތެއްގެ މޭވާ ގެނައުމަށް ގޮވާނެއެވެ. (ނުވަތަ އެމީހުން އަމާން ވެގެންވާ حال ގައި، ހުރިހައި ބާވަތެއްގެ މޭވާ ގެނައުމަށް، އެތާނގެ خادم ންނަށް ގޮވާނެއެވެ.)

  210. 44:56

    لَا يَذُوقُونَ فِيهَا ٱلْمَوْتَ إِلَّا ٱلْمَوْتَةَ ٱلْأُولَىٰ ۖ وَوَقَىٰهُمْ عَذَابَ ٱلْجَحِيمِ

    Laa- yaẓooq̣oona feehal Mawta ʹillal mawtatal ʹoolaa; wa-waq̣aahum ʻaẓaabal Jaḥeem,―

    ފުރަތަމަ ފަހަރު (ދުނިޔޭގެ حياة ގެ ނިމުމެއް ކަމުގައިވި) ފުރަތަމަ މަރު ނޫނީ އެމީހުން އެ ސުވަރުގޭގައި މަރުގެ ރަހަ ނުދެކޭނެއެވެ. (ދުވަހަކު މަރުނުވާނެއެވެ. އެފަދަ ބޮޑު نعمة ގައި އެމީހުން ތިބޭނީ އަބަދީ حياة އެއްގައެވެ.) އަދި ނަރަކައިގެ عذاب ން އެކަލާނގެ އެމީހުން ސަލާމަތް ކުރައްވާ ހުއްޓެވެ.

  211. 44:57

    فَضْلًا مِّن رَّبِّكَ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ

    Faḍlam mir Rabbik! Ẓaalika huwal fawzul ʻaz̤̣eem!

    (އޭ رسول الله އެވެ.) އެ ހުރިހައި نعمة އަކީ ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ربّ ގެ حضرة ންވާ فضل ވަންތަވެރި ކަމެއްގެ ގޮތުންނެވެ. إحسان ވަންތަ ކަމެއްގެ ގޮތުންނެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.

  212. 44:58

    فَإِنَّمَا يَسَّرْنَـٰهُ بِلِسَانِكَ لَعَلَّهُمْ يَتَذَكَّرُونَ

    Faʹinnamaa yassarnaahu bilisaanika laʻallahum yataẓakkaroon.

    ފަހެ ތިމަން ރަސްކަލާނގެ އެ قرآن ފަސޭހަކުރެއްވީމެވެ. އެއީ ކަލޭގެފާނުގެ ބަސް ކަމުގައިވާ عرب ބަހުން ބާވައިލެއްވީމައެވެ. އެއީ އެމީހުން وعظ އާއި، نصيحة ލިބިގަނޭތޯއެވެ.

  213. 44:59

    فَٱرْتَقِبْ إِنَّهُم مُّرْتَقِبُونَ

    Fartaq̣ib ʹinnahum murtaq̣iboon.

    ފަހެ ކަލޭގެފާނު إنتظار ކުރައްވާށެވެ. ހަމަކަށަވަރުން އެމީހުންވެސް އެއީ إنتظار ކުރާ ބައެކެވެ. (އެބަހީ، އެމީހުންގެ މައްޗަށް ކަލޭގެފާނަށް ލިބިވަޑައިގަންނަވާނޭ نصر އާއި، كاميابى އަށް ކަލޭގެފާނު إنتظار ކުރައްވާށެވެ. އަދި އެމީހުން އެ إنتظار ކުރަނީ ކަލޭގެފާނަށް ގެއްލުމާއި، ހަލާކު ލިބުމަށެވެ. އަދި ކަލޭގެފާނު އަވަހާރަވުމަށެވެ.

  214. Surah Al-JathiyahBegins here at 45:1

  215. 45:1

    حمٓ

    Ḥaa-Meeem.

    حم މި އަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ.

  216. 45:2

    تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ

    Tañzeelul Kitaabi minal laahil ʻAzeezil Ḥakeem.

    ފޮތް ބާވައިލެއްވުން ވަނީ - އެބަހީ ކީރިތި قرآن ބާވައިލެއްވީ - عزّة ވަންތަ، حكمة ވަންތަ، ﷲ ގެ حضرة ންނެވެ.

  217. 45:3

    إِنَّ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ لَـَٔايَـٰتٍ لِّلْمُؤْمِنِينَ

    ʹInna fis samaawaati wal-ʹarḍi laʹAayaatil lil-Muʹmineen.

    ހަމަކަށަވަރުން އުޑުތަކާއި، ބިން ހެއްދެވުމުގައި އަދި ހައްދަވާފައިވާ އުޑުތަކާއި، ބިމުގައި (ﷲ ވޮޑިގެން ވާކަމާއި، އެއްކައުވަންތަ ކަމާއި، އެކަލާނގެ قدرة ތެރިކަމާއި، حكمة ވަންތަ ކަމާއި، ދެނެވޮޑިގަތުމާއި، މި ކަންކަމުގެ މައްޗަށް ދަލީލުކުރާ) ހެކިތަކާއި، دليل ތައް ވެއެވެ. އެކަމަކު އެ ދަލީލުތަކަކީ مؤمن ންނަށް ވާ دليل ތަކެކެވެ. ﷲ ގެ ވޮޑިގެންވުމާއި، قدرة ތެރިކަމާއި، ދެނެވޮޑިގަތުމާއި، حكمة ވަންތަކަމާއި، މި ބާވަތުގެ އެންމެހައި ކަންތައްތައް ތެދުކޮށް قبول ކުރާ مؤمن ންނަށް ވާ ދަލީލެވެ.

  218. 45:4

    وَفِى خَلْقِكُمْ وَمَا يَبُثُّ مِن دَآبَّةٍ ءَايَـٰتٌ لِّقَوْمٍ يُوقِنُونَ

    Wa-fee khalq̣ikum wa-maa yabus̤s̤u miñ daaabbatin ʹAayaatul liq̣awmiñy yooq̣inoon.

    (އަދި އޭ އިންސާނާއެވެ!) ތިޔަބައިމީހުންގެ ހެއްދެވުމުގައްޔާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲ ހައްދަވައި، ފަތުރުއްވާފައިވާ ގިނަގުނަ دابّة ތަކާއި، مخلوق ންތަކުގައިވެސް އެކަލާނގެ އެއްކައުވަންތަ ކަމާއި ކުޅަދުންވަންތަކަމުގެމައްޗަށް ދަލީލުކުރާ، دليل ތަކާއި، حجّة ތައް ކަނޑައެޅިގެން ވެއެވެ. توحيد قبول ކުރާ ބަޔަކަށެވެ،

  219. 45:5

    وَٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن رِّزْقٍ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا وَتَصْرِيفِ ٱلرِّيَـٰحِ ءَايَـٰتٌ لِّقَوْمٍ يَعْقِلُونَ

    Wakhtilaafil Layli wan-Nahaari wa-maaa ʹañzalal laahu minas samaaaʹi mir Rizq̣iñ faʹaḥyaa bihil ʹarḍa baʻda mawtihaa wa-taṣreefir riyaaḥi ʹAayaatul liq̣awmiñy yaʻq̣iloon.

    އަދި ރޭދުވާ ތަކުރާރު ވުމުގައްޔާއި، އަދި ﷲ އުޑުން ބާވައިލައްވާ ރިޒުގު ކަމުގައިވާ ފެނުގައްޔާއި، އަދި އެ ފެނުގެ ސަބަބުން ބިންގަނޑު މަރުވެފައި އޮތުމަށްފަހު (ގަހެއް، ވިނައެއް ނެތި އޮތުމަށްފަހު) ދެން އެކަލާނގެ އެ ބިންގަނޑު ދިރުއްވައި، ގަސްތަކާއި، ވިނަތައް ފަޅުއްވައި ހެއްދެވުމުގައްޔާއި، އަދި އެކި ދިމަދިމާއިން ޖެހޭގޮތަށް ވައި ބަދަލުކުރެއްވުމުގައްޔާއި، މި މި ކަންކަމުގައި (ﷲ ގެ قدرة ތެރިކަމާއި، އެއްކައުވަންތަކަމާއި، حكمة ވަންތަކަމާއި، ދެނެވޮޑިގަތުމުގެ މައްޗަށް دليل ކުރާ) އެތަކެއް ދަލީލު ބުއްދިކޮށް ވިސްނާ ބަޔަކަށް ވެއެވެ.

  220. 45:6

    تِلْكَ ءَايَـٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ ۖ فَبِأَىِّ حَدِيثٍۭ بَعْدَ ٱللَّهِ وَءَايَـٰتِهِۦ يُؤْمِنُونَ

    Tilka ʹAayaatul laahi natloohaa ʻalayka bil-ḥaq̣q̣: fabiʹayyi ḥadees̤im baʻdal laahi wa-ʹAayaatihee yuʹminoon?

    (އޭ رسول الله އެވެ.) އެއީ ހައްތާވެސް (ﷲ ވޮޑިގެންވާ ކަމާއި، އެކަލާނގެ އެއްކައުވަންތަކަމާއި، قدرة ތެރިކަމާއި، ދެނެވޮޑިގަތުމާއި، حكمة ވަންތަކަމާއި) މި ކަންކަމަށް دليل ކުރާ ﷲ ގެ دليل ތަކެވެ. ތިމަން ރަސްކަލާނގެ ކަލޭގެފާނަށް އެ دليل ތަކާއި، حجّة ތައް މި بيان ކޮށްދެނީ ހަމަ حقّ ތެދު ގޮތުގައެވެ. ފަހެ އެ مشرك ންގެ މީހުން ﷲ އާއި، އެކަލާނގެ އަންގަވާ دليل ތައް ތެދުނުކޮށް، ދެން ތެދުކޮށް قبول ކުރާނީ ކޮން ވާހަކައެއް ހެއްޔެވެ؟ އެމީހުން ދެން إيمان ވާނީ ކޮން އެއްޗަކަށް ހެއްޔެވެ؟

  221. 45:7

    وَيْلٌ لِّكُلِّ أَفَّاكٍ أَثِيمٍ

    Waylul likulli ʹaffaakin ʹas̤eem:

    ގިނަގިނައިން ދޮގުހަދާ، ފާފަކުރުމުގައި ހައްދުފަހަނަޅައިގެންފައިވާ ކޮންމެ މީހަކަށް قيامة ދުވަހުން ويل ހުއްޓެވެ. (ويل އަކީ ނަރަކައިގެ ވާދީއެކެވެ. އެތާނގެ ހޫނު ގަދަކަމާއި، ނުރައްކައު ބޮޑުކަމުން ނަރަކަވެސް އެތަނުން ސަލާމަތްވުމަށް دعاء ކުރާކަމުގައި ވިއެވެ.)

  222. 45:8

    يَسْمَعُ ءَايَـٰتِ ٱللَّهِ تُتْلَىٰ عَلَيْهِ ثُمَّ يُصِرُّ مُسْتَكْبِرًا كَأَن لَّمْ يَسْمَعْهَا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ

    yasmaʻu ʹAayaatil laahi tutlaa ʻalayhi s̤umma yuṣirru mustakbirañ kaʹal lam yasmaʻhaa: fabashshirhu biʻAẓaabin ʹaleem!

    އަދި މިބުނާ ދޮގުވެރި، ފާފަވެރީން) ﷲ ގެ އާޔަތްތައް - (ކީރިތި قرآن ގެ އާޔަތްތައް) - އޭނާގެ މައްޗަށް ކިޔެވޭއަޑު އަހައެވެ. ދެންވެސް އޭނާ (إيمان ނުވެ) كبر ވެރިކަމާއި، ބޮޑާކަން މަތީ ދެމިހުންނަނީއެވެ. އޭނާ އެ آية ތައް ނުވެސް އަހާ ކަހަލައެވެ. ފަހެ އެފަދަ މީހުންނަށް ވޭންދެނިވި عذاب قيامة ދުވަހުން ހުންނާނޭ ކަމުގެ خبر ކަލޭގެފާނު ދެއްވާށެވެ.

  223. 45:9

    وَإِذَا عَلِمَ مِنْ ءَايَـٰتِنَا شَيْـًٔا ٱتَّخَذَهَا هُزُوًا ۚ أُو۟لَـٰٓئِكَ لَهُمْ عَذَابٌ مُّهِينٌ

    Wa-ʹiẓaaa ʻalima min ʹAayaatinaa shayʹanit takhaẓahaa huzuwaa: ʹulaaaʹika lahum ʻAẓaabum muheen.

    އަދި ތިމަން ރަސްކަލާނގެ އާޔަތްތަކުން ކޮންމެވެސް މިންވަރެއް - އެބަހީ قرآن ން ކޮންމެވެސް މިންވަރެއް - އެފަދަ މީހާއަށް އެނގިއްޖެއްޔާ އޭނާ އެއަށް މަލާމާތްކޮށް، ފުރައްސާރަކުރާން ފަށައެވެ. އެފަދަ ކޮންމެ މީހަކަށް ހުރީ ހަމަ ކަނޑައެޅިގެން އިހާނާތްތެރި عذاب އެވެ. (قرآن ގެ އާޔަތަކަށް ނުވަތަ ސޫރަތަކަށް މަލާމާތްކޮށްލި ކޮންމެ މީހަކު މި حكم ތެރެއަށް ވަންނާނޭކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ.)

  224. 45:10

    مِّن وَرَآئِهِمْ جَهَنَّمُ ۖ وَلَا يُغْنِى عَنْهُم مَّا كَسَبُوا۟ شَيْـًٔا وَلَا مَا ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ ۖ وَلَهُمْ عَذَابٌ عَظِيمٌ

    Miñw Waraaaʹihim Jahannam: wa-laa yug̣nee ʻanhum maa kasaboo shayʹañw walaa mat takhaẓoo miñ doonil laahi ʹawliyaaaʹ: wa-lahum ʻAẓaabun ʻaz̤̣eem.

    (ދެން އެފަދަ މީހާ) އޭނާގެ ކުރިމަތީގައި (قيامة ދުވަހުން) އޮތީ ހަމަ ނަރަކައެވެ. އެދުވަހުން އޭނާ ހޯދި މުދަލަކުންވެސް، އަދި ދަރީންގެ ކިބައިން ވިޔަސް އަދި ﷲ ފިޔަވައި އޭނާ ސަހަރޯވެރީން ކަމުގައި ބަލައިގެން އޭނާ އަޅުކަންކުރި ފަރާތްތަކުންވެސް، އަދި އޭނާ ކުރި އެހެން عمل އަކުންވެސް އޭނާއަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެއެވެ. އޭނާއަށް ހުރީ ބޮޑުވެގެންވާ عذاب އެވެ.

  225. 45:11

    هَـٰذَا هُدًى ۖ وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ رَبِّهِمْ لَهُمْ عَذَابٌ مِّن رِّجْزٍ أَلِيمٌ

    Haaẓaa Hudaa: wal-laẓeena kafaroo biʹAayaati Rabbihim lahum ʻAẓaabum mir rijzin ʹaleem.

    މިއީ ހަމަ ތެދުމަގެކެވެ. އެބަހީ މި قرآن އަކީ މުޅީންވެސް ހަމަ ތެދުމަގެވެ. އަދި އެބަޔަކު އެބަޔަކުގެ ربّ ގެ އާޔަތްތަކަށް - އެބަހީ قرآن އަށް - ކާފަރުވެއްޖެ ބަޔަކު (ދަންނައެވެ.) އެމީހުންނަށް ހުރީ رِجْز އެވެ ކިޔާ ވޭންދެނިވި عذاب އެވެ. رِجْز އަކީ އެންމެގަދަ عذاب އެވެ.

  226. 45:12

    ۞ ٱللَّهُ ٱلَّذِى سَخَّرَ لَكُمُ ٱلْبَحْرَ لِتَجْرِىَ ٱلْفُلْكُ فِيهِ بِأَمْرِهِۦ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ

    ʹAllaahul laẓee sakhkhara lakumul baḥra litajriyal fulku feehi biʹamrihee wa-litabtag̣oo miñ Faḍlihee wa-laʻallakum tashkuroon.

    ﷲ އެއީ ތިޔަބައިމީހުންނަށް ޓަކައި ކަނޑު ކިޔަމަންކުރެއްވި ކަލާނގެއެވެ. އެއީ އެކަލާނގެ أمر ފުޅަށް ތިޔަބައިމީހުން ނައުދޯނގުފަހަރު (މޫދުގައި ދުއްވާ އެންމެހައި އުޅަނދުފަހަރު) އެ ކަނޑުގައި ދުއްވުމަށް ޓަކައެވެ. އަދި އެކަން އެގޮތަށް ލެއްވީ އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން ތިޔަބައިމީހުން ބޭނުންތައް ލިބިގަތުމަށް ޓަކައެވެ. (ދަތުރުފަތުރުކޮށް، ވިޔަފާރީގެ އެންމެހައި ކަމަކަށާއި، حياة ގެ ގިނަ ކަންތައްތަކެއް ހަމަޖެއްސުމަށް ޓަކައެވެ.) އަދި އެ ކަންކަން އެގޮތަށް ލެއްވީ ތިޔަބައިމީހުން ﷲ އަށް شكر ކުރުމަށް ޓަކައެވެ. شكر ކުރޭތޯއެވެ.

  227. 45:13

    وَسَخَّرَ لَكُم مَّا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ جَمِيعًا مِّنْهُ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَتَفَكَّرُونَ

    Wa-sakhkhara lakum maa fis samaawaati wa-maa fil ʹarḍi jameeʻam minh: ʹinna fee ẓaalika laʹAayaatil liq̣awmiñy yatafakkaroon.

    އަދި އެކަލާނގެއީ ތިޔަބައިމީހުންނަށް ޓަކައި އުޑުތަކާއި، ބިމުގައި ވާ އެންމެހައި ތަކެތި ކިޔަމަން ކޮށްދެއްވި ކަލާނގެއެވެ. އެ ހުރިހައި އެއްޗެއް ވަނީ ހަމަ ﷲ ގެ حضرة ންނެވެ. ހަމަކަށަވަރުން ކަންކަމަށް فكر ކޮށް، ވިސްނާ ބަޔަކަށް (އެކަލާނގެ އެއްކައުވަންތަ ކަމުގެ) ހެއްކާއި، دليل އަދި حجّة މި ކަންކަމުގައި ވެއެވެ.

  228. 45:14

    قُل لِّلَّذِينَ ءَامَنُوا۟ يَغْفِرُوا۟ لِلَّذِينَ لَا يَرْجُونَ أَيَّامَ ٱللَّهِ لِيَجْزِىَ قَوْمًۢا بِمَا كَانُوا۟ يَكْسِبُونَ

    Q̣ul lillaẓeena ʹaamanoo yag̣firoo lillaẓeena laa- yarjoona ʹAyyaamal laahi liyajziya Q̣awmam bimaa kaanoo yaksiboon.

    (އޭ رسول الله އެވެ!) ﷲގެ عداوة ގެ ތެރީންނަށް އެކަލާނގެ ދެއްވަމުން ގެންދަވާނެ عذاب އާއި، مصيبة އާއި، އުނދަގޫތަކާމެދު ބިރުވެތިނުވެ އުޅޭ ކާފަރުންނާއި، مشرك ންގެ ކަންތަކާމެދު އެމީހުންނަށް عفوء ކުރައްވައި، އެކަމާ (އަދި) އަޅައިނުލާން مؤمن ންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ދަންނައެވެ. މިއާޔަތުގެ މި حكم މިއީ ހަނގުރާމައިގެ އާޔަތް ބާވައިލެއްވުމުގެ ކުރީން އޮތް حكم އެއް ކަމުގައި مفسّر ން ވިދާޅުވެއެވެ. ހަނގުރާމައިގެ އާޔަތް ބާވައިލައްވައި، توبة ސޫރަތުގެ އާޔަތްތައް ބާވައިލެއްވުމުން އެމީހުންނަށް عفوء ކޮށް، ދޫދިނުން ނިމުނީއެވެ. والله أعلم\nއަދި އެކަން އެ ހެއްދެވީ ބަޔަކު މީހުންނަށް އެމީހުން ކުރި ހެޔޮ عمل ތަކުގެ ފުރިހަމަ جزاء އާއި، ثواب އެމީހުންނަށް ދެއްވުމަށެވެ. (މިބުނި މީހުންނަކީ مؤمن ންނެވެ. إسلام دين ގެ ކުރީކޮޅު އެމީހުންނަށް އުނދަގޫތަކާއި، عذاب ތައް، ކާފަރުންގެ ފަރާތުން ލިބުމާއެކުވެސް ކެތްތެރިވެގެން ތިބުމަށް مؤمن ންނަށް އެންގެވިއެވެ. އެ ލިބުނު އުނދަގޫތަކާއި، ކުރި ކެތްތެރިކަމަށް ﷲ އެމީހުންނަށް ގިނަގުނަ ދަރުމަޔާއި، ثواب ދެއްވާނެއެވެ.)

  229. 45:15

    مَنْ عَمِلَ صَـٰلِحًا فَلِنَفْسِهِۦ ۖ وَمَنْ أَسَآءَ فَعَلَيْهَا ۖ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ

    Man ʻamila ṣaaliḥañ falinafsih; wa-man ʹasaaaʹa faʻalayhaa. S̤umma ʹilaa Rabbikum turjaʻoon.

    ފަހެ صالح عمل އެއް ކޮށްފި މީހާ (ދަންނައެވެ.) އެ صالح عمل ގެ ދަރުމަޔާއި، ثواب އޮތީ ހަމަ އޭނާއަށެވެ. އޭނާގެ نفس އަށެވެ. އަދި ނުބައިކަމެއް ކޮށްފި މީހާވެސް (ދަންނައެވެ.) އެކަމުގެ عذاب އާއި، عقوبة އޮންނާނީ ހަމަ އޭނާއަށެވެ. އެކަން އޭނާއަށް އޮންނާނެއެވެ. ދެން (މަރުވުމަށްފަހު) ތިޔަބައިމީހުން އެނބުރި رجوع ވުން ވަނީ ހަމަ ތިޔަބައިމީހުންގެ ربّ ގެ حضرة އަށެވެ.

  230. 45:16

    وَلَقَدْ ءَاتَيْنَا بَنِىٓ إِسْرَٰٓءِيلَ ٱلْكِتَـٰبَ وَٱلْحُكْمَ وَٱلنُّبُوَّةَ وَرَزَقْنَـٰهُم مِّنَ ٱلطَّيِّبَـٰتِ وَفَضَّلْنَـٰهُمْ عَلَى ٱلْعَـٰلَمِينَ

    Wa-laq̣ad ʹaataynaa Baneee ʹIsraaaʹeelal Kitaaba wal-Ḥukma wan-Nubuwwa wa-razaq̣naahum minaṭ Ṭayyibaati wa-faḍḍalnaahum ʻalal ʻaalameen.

    އަދި ހަމަކަށަވަރުން بني إسرائيل ންނަށް (موسى عليه السلام މެދުވެރި ކުރައްވައި) ތިމަން ރަސްކަލާނގެ ފޮތް ދެއްވީމެވެ. އެއީ توراة އެވެ. އަދި މީސްތަކުންގެ މެދުގައި حكم ކުރުމަށް ޓަކައި ވިސްނުމާއި، އަދި فقه ވެރިކަން ދެއްވީމެވެ. އަދި އެ ދަރިކޮޅުގައި نبي ކަންވެސް ލެއްވީމެވެ. (ގިނަ نبي ބޭކަލުން އެ ދަރިކޮޅުން ﷲ ފޮނުއްވިއެވެ.) އަދި حلال ރަނގަޅު، މީރު ކާނާ ތިމަން ރަސްކަލާނގެ އެމީހުންނަށް ދެއްވީމެވެ. (އޭގެ ތެރޭގައި منّ އާއި، سلوى ވެސް ވެއެވެ.) އަދި އޭރު ދުނިޔޭގައި ތިބި އެންމެންގެ މައްޗަށް ތިމަން ރަސްކަލާނގެ އެމީހުން މާތްކުރެއްވީމެވެ.

  231. 45:17

    وَءَاتَيْنَـٰهُم بَيِّنَـٰتٍ مِّنَ ٱلْأَمْرِ ۖ فَمَا ٱخْتَلَفُوٓا۟ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۚ إِنَّ رَبَّكَ يَقْضِى بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ

    Wa-ʹaataynaahum̃ Bayyinaatim minal ʹamr: famakh talafooo ʹillaa mim baʻdi maa- jaaaʹahumul ʻilmu bag̣yam baynahum. ʹInna Rabbaka yaq̣ḍee baynahum Yawmal Q̣iyaamati feemaa kaanoo feehi yakhtalifoon.

    އަދި حلال އާއި، حرام ގެ ތެރެއިން بيان ވެ ފައުޅުވެގެން شريعة އެމީހުންނަށް އެންގެވީމެވެ. (ނުވަތަ ފަހު ޒަމާނުގެ نبي އާ محمّد ﷺ ފޮނުއްވުމާއި، އެކަލޭގެފާނުންގެ نبي ކަމުގެ خبر އާ ބެހޭ علم އެމީހުންނަށް އެންގެވީމެވެ. މި އާޔަތުގައި މި ދެމާނަ مفسّر ން ލިޔުއްވައެވެ. والله أعلم) ދެންފަހެ އެ ދެކަމާބެހޭ علم އަދި معلومات ރަނގަޅަށް އެނގުމަށްފަހުގައި މެނުވީ އެމީހުން ދެބަސްވެ، إختلاف ނުވެއެވެ. (އެމީހުން إختلاف ވީ ވެރިކަމާމެދު) އެމީހުންގެ އެކަކު އަނެކަކުގެ މައްޗަށް އޮތް ރުޅިވެރިކަމާއި، حسد ވެރިކަމުންނެވެ. ނުވަތަ محمّد ﷺ އާމެދު އެމީހުންގެ މެދުގައި އޮތް حسد ވެރިކަމުންނެވެ.\n(އޭ رسول الله އެވެ.) އެމީހުންގެ މެދުގައި އެކަމާމެދު ދެބަސްވެ، إختلاف ވާ ކަންތައްތަކަށް قيامة ދުވަހުން ކަލޭގެފާނުންގެ ربّ އެމީހުންގެ މެދުގައި ނިޔާކުރައްވާ ހުއްޓެވެ.

  232. 45:18

    ثُمَّ جَعَلْنَـٰكَ عَلَىٰ شَرِيعَةٍ مِّنَ ٱلْأَمْرِ فَٱتَّبِعْهَا وَلَا تَتَّبِعْ أَهْوَآءَ ٱلَّذِينَ لَا يَعْلَمُونَ

    S̤umma jaʻalnaaka ʻalaa Shareeʻatim minal ʹamri fattabiʻhaa wa-laa tattabiʻ ʹahwaaa ʹallaẓeena laa- yaʻlamoon.

    ދެން ތިމަން ރަސްކަލާނގެ ކަލޭގެފާނު ވަކި شريعة އެއްގެ މައްޗަށްލެއްވީމެވެ. ވަކި منهج އަކަށް ލެއްވީމެވެ. އެއީ دين ގެ ކަންތަކުގައެވެ. ފަހެ ކަލޭގެފާނު އެ شريعة އާއި، އަދި އެ މަގާ تبع ވެވަޑައިގަންނަވާށެވެ. އަދި ނުދަންނަ މީހުންގެ هوى نفس އެދޭގޮތާ تبع ވެވަޑައި ނުގަންނަވާށެވެ!

  233. 45:19

    إِنَّهُمْ لَن يُغْنُوا۟ عَنكَ مِنَ ٱللَّهِ شَيْـًٔا ۚ وَإِنَّ ٱلظَّـٰلِمِينَ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۖ وَٱللَّهُ وَلِىُّ ٱلْمُتَّقِينَ

    ʹInnahum lañy yug̣noo ʹañka minal laahi shayʹaa: wa-ʹinnaz̤̣ z̤̣aalimeena baʻḍuhum ʹawliyaaaʹu baʻḍ: wallaahu Wa-liyyul Muttaq̣een.

    (ކަލޭގެފާނު އެމީހުންގެ މަގާ تبع ވެވަޑައިގެންފިއްޔާ) ދެން ﷲ ގެ حضرة ން އަތުވެދާނޭ އެއްވެސް އުނދަގުލެއް އަދި عذاب އެއް ކަލޭގެފާނުންގެ ކިބައިން دفاع ކޮށްދިނުމަށް އެމީހުންނަށް އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެއެވެ. އަދި ހަމަކަށަވަރުން އަނިޔާވެރީންނަކީ، (مشرك ންނާއި منافق ންނާއި، يهودي ންނަކީ) އޭގެ އެއްބަޔަކު އަނެއް ބަޔަކަށް ސަހަރޯވެރީންނެވެ. އަދި ﷲ އީ تقوى ވެރީންގެ ސަހަރޯވެރިޔާއެވެ.

  234. 45:20

    هَـٰذَا بَصَـٰٓئِرُ لِلنَّاسِ وَهُدًى وَرَحْمَةٌ لِّقَوْمٍ يُوقِنُونَ

    Haaẓaa Baṣaaaʹiru linnaasi wa-Hudañw wa-Raḥmatul liq̣awmiñy yooq̣inoon.

    މިއީ، އެބަހީ شريعة އާ ތަބާ ވުމަށް އެންގެވި އެންގެވުމަކީ، މީސްތަކުންނަށް ވާ إعلان އެކެވެ. (ނުވަތަ މި قرآن އަކީ މީސްތަކުންނަށް ވާ ހިތުގެ ލޮލެކެވެ. منفع ކުރާ ތަކެއްޗާއި، ގެއްލުންދޭ ތަކެތި އެއިން ފެންނާނެއެވެ.) އަދި އެއީ ޝައްކު ނުކޮށް، يقين ކުރާ ބަޔަކަށް ވާ ތެދުމަގަކާއި، އަދި رحمة އެކެވެ.

  235. 45:21

    أَمْ حَسِبَ ٱلَّذِينَ ٱجْتَرَحُوا۟ ٱلسَّيِّـَٔاتِ أَن نَّجْعَلَهُمْ كَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَوَآءً مَّحْيَاهُمْ وَمَمَاتُهُمْ ۚ سَآءَ مَا يَحْكُمُونَ

    ʹAm ḥasibal laẓeenaj taraḥus sayyiʹaati ʹan najʻalahum kallaẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati sawaaaʹam maḥyaahum wa-mamaatuhum? Saaaʹa maa- yaḥkumoon.

    އަދި ކިޔެއް ހެއްޔެވެ؟ އެމީހުން ހީކުރަނީ ގަސްތުގައި ނުބައި ކަންތަކަށް އަރައިގަންނަ މީހުންނާއި، އީމާންވެގެން صالح عمل ތައް ކުރި މީހުންނާ، މި ދެބައިމީހުން އެއްފަދަ ވާނޭ ކަމަށެވެ. އެގޮތަށް ތިމަން ރަސްކަލާނގެ ހައްދަވާނޭ ކަމަށެވެ. އެމީހުންގެ ދުނިޔޭގެ حياة އާއި، މަރުވުމަށްފަހު ދެން އޮންނަ އާޚުރަތުގެ حياة ގައިވެސް ދެބައިމީހުން އެއްވަރުވާނޭ ކަމަށެވެ. އެހެންކަމަށް ވަންޏާ، އެމީހުންގެ އެ ނިޔާއަކީ ނުބައިވެގެންވާ ނިޔާއެކެވެ. އެއީ ނުބައި حكم އެކެވެ. (ނުބައިކޮށް އުޅޭ މީހުންނާއި، ހެޔޮލަފާކޮށް صالح عمل ކުރި މީހުންނާ ދެބައިމީހުން ދުނިޔޭގެ حياة ގައި، ފަހަރެއްގައި އެއްވަރު ވެދާނެއެވެ. އަދި ނުލަފާ މީހާގެ حياة ގެ ކަންތައް ދުނިޔޭގައި ފަސޭހަވެސް ބައެއް ފަހަރު ވެދާނެއެވެ. ނަމަވެސް ނުލަފާ ކަންތައް ކުރި މީހުންނަށް آخرة ގެ حياة ގައި ހުންނާނީ ނަރަކައެވެ. ހެޔޮކަންތައް ކޮށް صالح عمل ކުރި މީހުންނަށް ހުންނާނީ ސުވަރުގެއެވެ. އެތާނގެ ހިމަނައި ނުގަނެވޭހާ نعمة އެވެ. މި ދެބައިމީހުން އެއްވަރުވާނީ ކޮންފަދައަކުން ހެއްޔެވެ؟

  236. 45:22

    وَخَلَقَ ٱللَّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ وَلِتُجْزَىٰ كُلُّ نَفْسٍۭ بِمَا كَسَبَتْ وَهُمْ لَا يُظْلَمُونَ

    Wa-khalaq̣al laahus samaawaati wal-ʹarḍa bilḥaq̣q̣i wa-litujzaa kullu nafsim bimaa kasabat wa-hum laa- yuz̤̣lamoon.

    އަދި ﷲ تعالى އުޑުތަކާއި، ބިން ހެއްދެވީ ހަމަ عدل ވެރި حقّ ގޮތުގައެވެ. އަދި ހަމަ އެފަދައިން ކޮންމެ نفس އަކަށްވެސް އެ نفس އެއް ހޯދައިގަތް އެއްޗެއްގެ جزاء ދެއްވުމަށެވެ. އަދި (އެދުވަހުން، އެބަހީ آخرة ދުވަހުން) އެމީހުންނަށް އަނިޔާ ނުވެވޭނެއެވެ.

  237. 45:23

    أَفَرَءَيْتَ مَنِ ٱتَّخَذَ إِلَـٰهَهُۥ هَوَىٰهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِۦ وَقَلْبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَـٰوَةً فَمَن يَهْدِيهِ مِنۢ بَعْدِ ٱللَّهِ ۚ أَفَلَا تَذَكَّرُونَ

    ʹAfaraʹayta manit takhaẓa ʹilaahahoo hawaahu wa-ʹaḍal-lahul laahu ʻalaa ʻilmiñw Wakhatama ʻalaa samʻihee wa-q̣albihee wa-jaʻala ʻalaa baṣarihee g̣ishaawah. Famañy yahdeehi mim baʻdil laah? ʹAfalaa taẓakkaroon?

    ތިމާގެ إله އަކީ ތިމާގެ هوى نفس ކަމުގައި ހަދައިގެން އުޅޭ މީހާ (ނުވަތަ މީހުން) ކަލޭގެފާނު ފަހެ ދެކެވަޑައިނުގަންނަވަނީ ތޯއެވެ؟ އަދި ﷲ تعالى އޭނާ މަގުފުރެއްދެވީއެވެ. އެއީ އޭނާއަށް އެކަން حقّ ކަމުގައި ﷲ ދެނެވޮޑިގެން ވާތީއެވެ. އަދި (ހެޔޮ އެއްޗެއް حاصل ނުކުރެވޭ ގޮތުން) އޭނާގެ އިވުމުގައްޔާއި، އޭނާގެ ހިތުގައި ﷲ ސިއްކަ ޖެއްސެވިއެވެ. އަދި އޭނާގެ ލޮލުގެ މަތީގައި ވަނީ މަތިގަނޑެކެވެ. ހުރަހެކެވެ. ފަހެ ﷲ އޭނާ މަގުފުރެއްދެވުމަށްފަހު ދެން އޭނާއަށް ތެދުމަގު ދައްކާނީ ކާކު ހެއްޔެވެ؟ (މި ކަންކަމުން) ތިޔަބައިމީހުން نصيحة އާއި، وعظ ލިބިނުގަންނާނޭ ހެއްޔެވެ؟\n(ދަންނައެވެ. ތެދުމަގާއި، إيمان ކަން ދޫކޮށް، ކާފަރުކަން إختيار ކުރާ ކޮންމެ މީހަކު އަޅުކަންކުރާނީ އޭނާގެ هوى نفس އަށެވެ. އެމީހަކަށް ފެންނަ އެއްޗަކަށެވެ. އޭނާ إيمان ކަމާއި، ތެދުމަގު إختيار ނުކުރިކަމަށް ޓަކައި ﷲ އޭނާ މަގުފުރައްދަވައެވެ. އޭނާގެ އިވުމާއި، ފެނުމާއި، އަދި ހިތުގައި ﷲ ސިއްކަ ޖައްސަވައެވެ. އެބަހީ ހެޔޮބަހެއް އިވުމުގެ، ހެޔޮ އެއްޗެއް ފެނުމުގެ، އަދި ހެޔޮ އެއްޗެއް ވިސްނުމުގެ توفيق އެއް އޭނާއަކަށް ނުހުންނާނެއެވެ. އަލުންވެސް ﷲ އޭނާއަށް ތެދުމަގު ދެއްކެވިއްޔާ މެނުވީ އޭނާއަކަށް ތެދުމަގު ނުލިބޭނެއެވެ.)

  238. 45:24

    وَقَالُوا۟ مَا هِىَ إِلَّا حَيَاتُنَا ٱلدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَآ إِلَّا ٱلدَّهْرُ ۚ وَمَا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَظُنُّونَ

    Wa-q̣aaloo maa- hiya ʹillaa ḥayaatunad dunyaa namootu wa-naḥyaa wa-maa yuhlikunaaa ʹillad Dahr. Wa-maa lahum̃ biẓaalika min ʻilm: ʹin hum ʹillaa yaz̤̣unnoon.

    އަދި އެ ކާފަރުން ބުނެއެވެ. މި ދުނިޔޭގެ حياة ނޫން ދެން އެހެން حياة އެއް، އަހުރެމެންނަކަށް ނުވެއެވެ. އެ حياة ގައި އެއްބަޔަކު ދިރި، އަނެއް ބަޔަކު މަރުވަމުން ދަނީއެވެ. އަދި ޒަމާން މެނުވީ އަހުރެމެން ހަލާކު ކުރާ ކަމުގައި ނުވެއެވެ. އެބަހީ އެއްބަޔަކު ދިރި، އަނެއް ބަޔަކު މަރުވަމުން މިދަނީ ޒަމާނުގެ ދައުރު ކުރުމުންނެވެ. އެއީ ޒަމާނުގެ އާދައެވެ. އެއަކު އެހެން ކަމެއް ވަކި އޮތީއެއް ނޫނެވެ.\nއެހެން ނަމަވެސް އެމީހުން އެހެން ބުނަނީ އެއްވެސް دليل އެއް، އަދި އެނގުމެއް އެމީހުންނަށް އޮވެގެން ނޫނެވެ. ހަމަ ބުނާ ބުނުމެކެވެ. ހަމަ ހުސް ހީތަކެއް ކުރާ ބަޔަކު ކަމުގައި މެނުވީ އެމީހުން ނުވެއެވެ.

  239. 45:25

    وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍ مَّا كَانَ حُجَّتَهُمْ إِلَّآ أَن قَالُوا۟ ٱئْتُوا۟ بِـَٔابَآئِنَآ إِن كُنتُمْ صَـٰدِقِينَ

    Wa-ʹiẓaa tutlaa ʻalayhim ʹAayaatunaa Bayyinaatim maa kaana ḥujjatuhum ʹillaaa ʹañ q̣aaluʹ too biʹaabaaaʹinaaa ʹiñ kuñtum ṣaadiq̣een!

    އަދި بيان ވެ، ފައުޅުވެގެންވާ އާޔަތްތައް އެމީހުންގެ މައްޗަށް ކިޔެވިއްޖެއްޔާވެސް އެމީހުން މިފަދައިން ބުނުން ނޫން އެހެން އެއްވެސް حجّة އެއް دليل އެއް ނުވެއެވެ. އެމީހުން ބުނެއެވެ. ތިޔަބައިމީހުން ތިޔަ ބުނަނީ ތެދެއް ކަމުގައި ވަންޏާ މަރުވެ ގޮސްފައިވާ އަހުރެމެންގެ ކާބަފައިން ނިކަން (ދިރުވައިގެން) ގެނަސްދީބަލާށެވެ. (އެމީހުންގެ حجّة އަކީ އެއީއެވެ. އެހެން އެއްވެސް دليل އެއް ނޯވެއެވެ. حقيقة ގައި އެއީ ކަމާ ނުބެހޭ ވާހަކައެކެވެ. އެހެނީ ދިރުއްވައި، އެއްކުރައްވާނޭ ކަމަށް އަންގަވަނީ قيامة ދުވަހުންނެވެ. ދުނިޔޭގައި ދެވަނަ ފަހަރަށް ދިރުއްވާ ވާހަކައެއް ނާންގަވައެވެ.

  240. 45:26

    قُلِ ٱللَّهُ يُحْيِيكُمْ ثُمَّ يُمِيتُكُمْ ثُمَّ يَجْمَعُكُمْ إِلَىٰ يَوْمِ ٱلْقِيَـٰمَةِ لَا رَيْبَ فِيهِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

    Q̣ulil laahu yaḥyeekum s̤umma yumeetukum s̤umma yajmaʻukum ʹilaa Yawmil Q̣iyaamati laa- rayba feehi wa-laakinna ʹaks̤aran naasi laa- yaʻlamoon.

    (އޭ رسول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (ދުނިޔޭގައި ކަލޭމެންގެ އަސަރުވެސް ނެތީސް) ކަލޭމެން ދިރުއްވަނީ ﷲ އެވެ. ދެން ދުނިޔޭގައި އުޅެ، ކަލޭމެންގެ عمر ހަމަވުމުން މަރުއްވަނީވެސް ހަމަ އެކަލާނގެއެވެ. (ކުރި عمل ތަކަށް ދެން ހިސާބު ބައްލަވައި، ޖަޒާދެއްވުމަށް) ކަލޭމެން އެއްކުރައްވާ، محشر ކުރައްވާނީވެސް ހަމަ އެކަލަނގެއެވެ. އެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ. އެހެން ނަމަވެސް ގިނަ މީހުންނަކަށް އެކަމެއް ނޭނގެއެވެ.

  241. 45:27

    وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَيَوْمَ تَقُومُ ٱلسَّاعَةُ يَوْمَئِذٍ يَخْسَرُ ٱلْمُبْطِلُونَ

    Wa-lillaahi Mulkus samaawaati wal-ʹarḍ. Wa-Yawma taq̣oomus Saaʻatu Yawmaʹiẓiñy yakhsarul mubṭiloon!

    އަދި އުޑުތަކާއި، ބިމުގެ މުޅި ملك - (އެންމެހައި ތަކެތި) - خاصّ ވެ، މިލްކުވެގެން ވަނީ ހަމަ ﷲ އަށެވެ. (އެ ތަކެއްޗަކީ އެކަލާނގެ ތަކެއްޗެވެ. އެކަލާނގެއީ އެތަކެތީގެ ވެރިޔާއެވެ.) އަދި قيامة قائم ވާ ދުވަހުން ދޮގުވެރީންނާއި، ކާފަރުންނާއި، އަދި އެންމެހައި باطل عقيدة ތަކުގެ أهل ވެރީން ގެއްލި ހަލާކުވާ ހުއްޓެވެ.

  242. 45:28

    وَتَرَىٰ كُلَّ أُمَّةٍ جَاثِيَةً ۚ كُلُّ أُمَّةٍ تُدْعَىٰٓ إِلَىٰ كِتَـٰبِهَا ٱلْيَوْمَ تُجْزَوْنَ مَا كُنتُمْ تَعْمَلُونَ

    Wa-taraa kulla ʹummatiñ JAAS̤IYAH: Kullu ʹummatiñ tudʻaaa ʹilaa Kitaabihaa; ʹal-Yawma tujzawna maa- kuñtum taʻmaloon!

    އަދި ކޮންމެ ދީނެއްގެ، އަދި ކޮންމެ ملّة އެއްގެ أهل ވެރި ބަޔަކުވެސް قيامة ދުވަހުން ކަލޭގެފާނު ދެކެވަޑައިގަންނަވާހީ ކަކުލާއި، ފައިގެ އިނގިލިތަކާ އެކަނި ބިންމަތީ ޖައްސައިގެން އިށީނދެގެން ވަނިކޮށެވެ. (އެއީ އެދުވަހުގެ ބިރުވެރިކަމާއި، ނުރައްކާކަމުންނެވެ. حساب ބައްލަވާއިރުވެސް ތިބޭނީ އެގޮތަށެވެ.) އަދި ކޮންމެ أمّة އަކަށްވެސް އެ أمّة އަކަށް ބާވައިލެއްވުނު ފޮތުގެ ނަމުން ގޮވޭނެއެވެ. އަދި އެމީހުންނަށް އެންގޭނެއެވެ. ތިޔަބައިމީހުން ދުނިޔޭގައި ކުރި ކަންތަކަށް މިއަދު ތިޔަބައިމީހުންނަށް جزاء ދެއްވޭނެއެވެ.

  243. 45:29

    هَـٰذَا كِتَـٰبُنَا يَنطِقُ عَلَيْكُم بِٱلْحَقِّ ۚ إِنَّا كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ

    Haaẓaa Kitaabunaa yañṭiq̣u ʻalaykum̃ bilḥaq̣q̣; ʹinnaa kunnaa nastañsikhu maa- kuñtum taʻmaloon.

    އަދި މިއޮތީ ތިމަން ރަސްކަލާނގެ ފަތެވެ. (އެބަހީ މަލާއިކަތް ބޭކަލުން ލައްވައި ތިމަން ރަސްކަލާނގެ ލިޔުއްވި ކަލޭމެންގެ عمل ގެ ފަތެވެ.) އެ ފަތް ހަމަ حقّ ގޮތުގައި ކަލޭމެންގެ މައްޗަށް ބަސްބުނާނެއެވެ.

  244. 45:30

    فَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَيُدْخِلُهُمْ رَبُّهُمْ فِى رَحْمَتِهِۦ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْمُبِينُ

    Faʹammal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati fayudkhiluhum Rabbuhum fee Raḥmatih. Ẓaalika huwal Fawzul mubeen.

    ފަހެ إيمان ވެގެން صالح عمل ތައް ކުރި މީހުން ދަންނައެވެ. އެބައިމީހުންގެ ربّ އެކަލާނގެ رحمة ގެ ތެރެއަށް، އެބަހީ ސުވަރުގެއަށް އެމީހުން ވައްދަވާ ހުއްޓެވެ. بيان ވެގެންވާ ނަސީބަކީ އެއީއެވެ.

  245. 45:31

    وَأَمَّا ٱلَّذِينَ كَفَرُوٓا۟ أَفَلَمْ تَكُنْ ءَايَـٰتِى تُتْلَىٰ عَلَيْكُمْ فَٱسْتَكْبَرْتُمْ وَكُنتُمْ قَوْمًا مُّجْرِمِينَ

    Wa-ʹammal laẓeena kafaroo: ʹafalam takun ʹAayaatee tutlaa ʻalaykum fastakbartum wa-kuñtum q̣awmam mujrimeen?

    އަދި ކާފަރުވެއްޖެ މީސްތަކުން ދަންނައެވެ. އެމީހުންނަށް އެދުވަހުން އެންގޭނެއެވެ. (ކަލޭމެން ދުނިޔޭގައި ތިބިއިރު) ތިމަން ރަސްކަލާނގެ އާޔަތްތައް ތިޔަބައިމީހުންގެ މައްޗަށް ކިޔެވޭކަމުގައި ނުވޭ ހެއްޔެވެ؟ (އެބަހީ ކިޔެވޭކަމުގައި ވިއެވެ.) ދެން ތިޔަބައިމީހުން އެއަށް ބޮޑާވެ، كبر ވެރިވީއެވެ. އަދި ތިޔަބައިމީހުން ވީ ފާފަވެރި، ނުބައި مجرم ން ކަމުގައެވެ.

  246. 45:32

    وَإِذَا قِيلَ إِنَّ وَعْدَ ٱللَّهِ حَقٌّ وَٱلسَّاعَةُ لَا رَيْبَ فِيهَا قُلْتُم مَّا نَدْرِى مَا ٱلسَّاعَةُ إِن نَّظُنُّ إِلَّا ظَنًّا وَمَا نَحْنُ بِمُسْتَيْقِنِينَ

    Wa-ʹiẓaa q̣eela ʹinna waʻdallaahi ḥaq̣q̣uñw was Saaʻatu laa- rayba feehaa q̣ultum maa nadree mas Saaʻatu ʹin naz̤̣unnu ʹillaa z̤̣annañw wamaa naḥnu bimustayq̣ineen.

    އަދި ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ حقّ އެކެވެ. (އެބަހީ މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި، محشر ކުރެއްވުމުގެ وعد ފުޅު އެއީ حقّ އެކެވެ.) އަދި قيامة ދުވަހަކީ ޝައްކެއް ނެތި އަންނާނޭ ދުވަހެކެވެ. މިހެން ތިޔަބައިމީހުންނަށް ބުނެވިއްޖެއްޔާ ތިޔަބައިމީހުން ބުނެއެވެ. قيامة ދުވަސް އެއީ ކޮން ދުވަހެއްކަމެއް އަހުރެމެންނަކަށް ނޭނގެއެވެ. އެއީ ހަމަ ހީކޮށްގެން ދައްކާ ވާހަކައެއް ކަމުގައި މެނުވީ އަހުރެމެން ހީނުކުރަމެވެ. އަދި އެ ދުވަސް އެއީ އަންނާނޭ ދުވަހެއްކަން يقين ކުރާ ބަޔަކު ކަމުގައި އަހުރެމެން ނުވަމުއެވެ.

  247. 45:33

    وَبَدَا لَهُمْ سَيِّـَٔاتُ مَا عَمِلُوا۟ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ

    Wa-badaa lahum sayyiʹaatu maa- ʻamiloo wa-ḥaaq̣a bihim maa kaanoo bihee yastahziʹoon!

    އަދި އެދުވަހުން އެމީހުން ދުނިޔޭގައި ކުރި ކަންތަކުގެ ނުބައިކަން އެމީހުންނަށް ފައުޅުވާނެއެވެ. އަދި އެކަމާމެދު އެމީހުން މަލާމާތްކޮށް، ފުރައްސާރަކުރި ކަންތައް އެމީހުން ވަށައިލާނެއެވެ. އެއެއްޗަކީ عذاب އެވެ.

  248. 45:34

    وَقِيلَ ٱلْيَوْمَ نَنسَىٰكُمْ كَمَا نَسِيتُمْ لِقَآءَ يَوْمِكُمْ هَـٰذَا وَمَأْوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّـٰصِرِينَ

    Wa-q̣eelal Yawma nañsaakum kamaa naseetum Liq̣aaaʹa Yawmikum haaẓaa wa-maʹwaakumun Naaru wa-maa lakum min naaṣireen!

    އަދި (އެމީހުން ނަރަކައިގެ ގަދަ عذاب ގައި ތެޅިފޮޅި، ހަޅޭލަވަމުން ދާހިނދު) އެމީހުންނަށް އެންގޭނެއެވެ. ކަލޭމެން ދުނިޔޭގައި ތިބިއިރު، މި ދުވަހާ ބައްދަލުވާނޭކަން ހަނދާން ނައްތައިލި ފަދައިން ތިމަން ރަސްކަލާނގެވެސް މިއަދު ކަލޭމެން (ނަރަކައަށް ލުމަށްފަހު) ކަލޭމެންގެ މަތީން ހަނދާން ނައްތާލާ ހުށީމެވެ. އަދި ކަލޭމެންގެ ތަނަކީ ހަމަ ނަރަކައެވެ. އަދި ކަލޭމެންނަށް نصر ދީ، އެހީވާނޭ އެކަކުވެސް ނުވާނެއެވެ.

  249. 45:35

    ذَٰلِكُم بِأَنَّكُمُ ٱتَّخَذْتُمْ ءَايَـٰتِ ٱللَّهِ هُزُوًا وَغَرَّتْكُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ فَٱلْيَوْمَ لَا يُخْرَجُونَ مِنْهَا وَلَا هُمْ يُسْتَعْتَبُونَ

    Ẓaalikum̃ biʹannakumut takhaẓtum ʹAayaatil laahi huzuwañw wag̣arratkumul ḥayaatud dunyaa: fal-Yawma laa- yukhrajoona minhaa wa-laa hum yustaʻtaboon.

    ކަލޭމެންނަށް ތިޔަހެން ތިޔަވީ ކަލޭމެން (ދުނިޔޭގައި ތިބިއިރު) ﷲ ގެ އާޔަތްތަކަކީ އެއީ ކުޅޭކުޅޭ އެއްޗަކަށް ހަދައިލައި، އެއީ މަލާމާތްކުރެވޭ އެއްޗެއް ކަމުގައި ހަދައިލިކަމެވެ. އަދި ދުނިޔޭގެ ދިރިއުޅުން ކަލޭމެން ހައްލައި، އަވަދިކޮށްލީއެވެ. އެޔަށް ހެއްލިގަތީއެވެ.\nފަހެ ދެން މިއަދު އެމީހުން އެތަނުން، يعني ނަރަކައިން ނުނެރެވޭނެއެވެ. އަދި ﷲ ގެ ކިޔަމަންތެރިކަމުގެ ތެރެއަށް ވަނުމަށް އެދެވޭނޭ ބަޔަކު ކަމުގައި -އަދި ﷲ ރުހިވޮޑިގަންނަވާނޭ ގޮތަށް އުޅުމަށް އެދެވޭނޭ ބަޔަކު ކަމުގައި - އެމިހުން ނުވެއެވެ.

  250. 45:36

    فَلِلَّهِ ٱلْحَمْدُ رَبِّ ٱلسَّمَـٰوَٰتِ وَرَبِّ ٱلْأَرْضِ رَبِّ ٱلْعَـٰلَمِينَ

    Falillaahil Ḥamdu Rabbis samaawaati wa-Rabbil ʹarḍi Rabbil ʻAalameen!

    ފަހެ އެންމެހައި حمد އާއި، تعريف އާއި، ثناء އެއް حقّ ވެގެން ވަނީ ހަމަ ﷲ އަށެވެ. އެއީ އުޑުތަކުގެ ވެރި ربّ އެވެ. އަދި ބިމުގެވެސް ربّ އެވެ. އަދި އެންމެހައި عالم ތަކުގެ ވެރި ربّ އެވެ.

  251. 45:37

    وَلَهُ ٱلْكِبْرِيَآءُ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ

    Wa-lahul Kibriyaaaʹu fis samaawaati wal-ʹarḍ: wa-Huwal ʻAzeezul Ḥakeem!

    އަދި އުޑުތަކާއި، ބިމުގައިވެސް ކީރިތިކަމާއި، މާތްކަމާއި، كبرياء ވަންތަކަން خاصّ ވެގެން ވަނީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ عزّة ވަންތަ، حكمة ވަންތަ ކަލާނގެއެވެ.