Back to Quran

ސޫރަތްތައް 47

Muhammad

Muhammad · Madani · 38 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ أَضَلَّ أَعْمَـٰلَهُمْ

    ʹAllaẓeena kafaroo wa-ṣaddoo ʻañ Sabeelil laahi ʹaḍalla ʹaʻmaalahum.

    ތިމާމެން ކާފަރުވެ ﷲ ގެ މަގު ބަންދުކުރި މީސްތަކުން. (ދަންނައެވެ.) ﷲ އެމީހުންގެ ޢަމަލުތައް ބާޠިލު ކުރައްވައިފިއެވެ. (އެމީހުންކުރި ހެޔޮ ޢަމަލުތައް ގެއްލެނި ކުރައްވައިފިއެވެ.)

  2. 2

    وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَءَامَنُوا۟ بِمَا نُزِّلَ عَلَىٰ مُحَمَّدٍ وَهُوَ ٱلْحَقُّ مِن رَّبِّهِمْ ۙ كَفَّرَ عَنْهُمْ سَيِّـَٔاتِهِمْ وَأَصْلَحَ بَالَهُمْ

    Wallaẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati wa-ʹaamanoo bimaa nuzzila ʻalaa MUḤAMMADIÑ-W Wahuwal Ḥaq̣q̣u mir Rabbihim kaffara ʻanhum sayyiʹaatihim wa-ʹaṣlaḥa baalahum.

    އަދި ﷲ އަށް އީމާންވެގެން ޞާލިޙު ޢަމަލުކޮށް އަދި މުޙަންމަދުގެ ފާނުންގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް، އެތަކެއްޗަކީ އެއި އެމީހުންގެ رَبُّ ގެ ޙަޟްރަތުން ބާވައިލައްވައިފައިވާ ޙާއްޤުތަކެއްޗެވެ. އެއީ قُرُان އެވެ. ފަހެ އެތަކެއްޗަށް އީމާންވި މީސްތަކުން (ދަންނައެވެ.) ﷲ އެމީހުންގެ ކުށްފާފަތައް ފުއްސަވައި އަދި އެމީހުންގެ ޙާލުތަކާއި ކަންތައްތައް އިސްލާހުކޮށްދެއްވައި ސުލްހަކުރައްވައިފިއެވެ.

  3. 3

    ذَٰلِكَ بِأَنَّ ٱلَّذِينَ كَفَرُوا۟ ٱتَّبَعُوا۟ ٱلْبَـٰطِلَ وَأَنَّ ٱلَّذِينَ ءَامَنُوا۟ ٱتَّبَعُوا۟ ٱلْحَقَّ مِن رَّبِّهِمْ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ لِلنَّاسِ أَمْثَـٰلَهُمْ

    Ẓaalika biʹannal laẓeena kafarut tabaʻul baaṭila wa-ʹannal laẓeena ʹaamanut tabaʻul Ḥaq̣q̣a mir Rabbihim: kaẓaalika yaḍribul laahu linnaasi ʹams̤aalahum.

    އެހެންއެކަންއެވީ، ހަމަކަށަވަރުން ކާފަރުން ތަބަޢަވީ ބާޠިލާއެވެ. (އެއީ ﷲ އަށް ޝަރީކުކުރުމާއި އެކަލާނގެއަށް އުރެދުމެވެ.) އަދި ހަމަކަށަވަރުން އީމާންވީ މީސްތަކުން ތަބަޢަވީ ޙައްޤާއެވެ. (އެއީ تَوْحِيد އާއި އީމާންކަމާއި ކިޔަމަންތެރިކަމެވެ.) ދެބައިމީހުންގެ ޙާލު ބަޔާންކުރައްވަނީ މީސްތަކުންނަށް ﷲ ޖައްސަވާ މިސާލެއްގެގޮތުންނެވެ. (ޢިބްރަތެއްގެ ގޮތުންނެވެ.)

  4. 4

    فَإِذَا لَقِيتُمُ ٱلَّذِينَ كَفَرُوا۟ فَضَرْبَ ٱلرِّقَابِ حَتَّىٰٓ إِذَآ أَثْخَنتُمُوهُمْ فَشُدُّوا۟ ٱلْوَثَاقَ فَإِمَّا مَنًّۢا بَعْدُ وَإِمَّا فِدَآءً حَتَّىٰ تَضَعَ ٱلْحَرْبُ أَوْزَارَهَا ۚ ذَٰلِكَ وَلَوْ يَشَآءُ ٱللَّهُ لَٱنتَصَرَ مِنْهُمْ وَلَـٰكِن لِّيَبْلُوَا۟ بَعْضَكُم بِبَعْضٍ ۗ وَٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ فَلَن يُضِلَّ أَعْمَـٰلَهُمْ

    Faʹiẓaa laq̣eetumul laẓeena kafaroo faḍarbar riq̣aab; ḥattaaa ʹiẓaaa ʹas̤khañtumoohum fashuddul was̤aaq̣a faʹimmaa mannam baʻdu wa-ʹimmaa fidaaaʹan ḥattaa taḍaʻal ḥarbu ʹawzaarahaa. Ẓaalika wa-law yashaaaʹul laahu lañtaṣara minhum wa-laakil liyabluwa baʻḍakum̃ bibaʻḍ. Wallaẓeena q̣utiloo fee Sabeelil laahi falañy yuḍilla ʹaʻmaalahum.

    އޭ އީމާންވެއްގެ މީސްތަކުންނޭވެ. ތިޔަބައިމީހުންނާއި ކާފަރުންނާއި (مَيدان ގައި) ބައްދަލުވެއްޖެއްޔާ އެމީހުންގެ ކަންދުރާތައް ކަނޑާށެވެ. އެމީހުންމަރާށެވެ. އެއީ އޭގެ ގިނަ ބަޔަކު މަރުވެ އަވަދިވާންދެނެވެ. ދެން އަދި އެމީހުން ރަނގަޅަށް ބަނދެ ހައްޔަރުކުރާށެވެ. (އެއީ އެމީހުންނަށް ފިލައިގެން ނުދެވޭ ފަދައަކުންނެވެ.) ދެންހައްޔަރުވީ މީސްތަކުން އެހެންޏާ އެއްވެސް ފިދުޔައެއް ބަދަލެއްނެތި ދޫކޮށްލާށެވެ. ނުވަތަ ފިދުޔަ އަތުލާފައި ދޫކޮށްލާށެވެ. (މަޞްލަޙަތު ހުރިގޮތް ބަލާނީ ވެޔާއެވެ.) އެއީ ހަނގުރާމަ އޭގެ ހަތިޔާރު ބަހައްޓައިފުމައްދާންނެވެ. އެބަހީ ކާފަރުން ބަލިވެ ހަތިޔާރު ބަހައްޓައިފުމަށް ދާންދެނެވެ. އަދި އެ ޙުކުމް އަކީ ކާފަރުންނާމެދު އޮތްޙުކުމެވެ. (އަދި މިކަންމިގޮތަށް ނިންމެވުމަކާނުލައިވެސް الله އެދި ވޮޑިގެންނެވިނަމަ އެކާފަރުންގެ މައްޗަށް މުއުމިނުންނަށް ނަޞްރުދެއްވައިފީހެވެ. އެހެންނަމަވެސް އެކަލާނގެ އެހެން ނުހެއްދެވީ ތިޔަބައިމީހުން އެއްބަޔަކުގެ ފަރާތުން އަނެއްބަޔަކު އިމްތިޙާނުކުރެއްވުމަށެވެ. (ކެތްތެރި مُجَاهد ންނަށް ثَوَاب ގިނަކޮށްދެއްވައި ރަނގަޅު ޖަޒާދެއްވުމަށެވެ. އަދި އެމީހުން އަތްތަކުން ކާފަރުންނަށް ޢުޤޫބާތް ދެއްވުމަށެވެ.)\nއަދި ﷲ ގެ މަގުގައި މަރުވެ ޝަހީދުވެގެން ދިޔަ މީސްތަކުންގެ ދަރުމަޔާއި ثَوَاب ﷲ ގެއްލެނި ނުކުރައްވާނެއެވެ.

  5. 5

    سَيَهْدِيهِمْ وَيُصْلِحُ بَالَهُمْ

    Sayahdeehim wa-yuṣliḥu baalahum,―

    ނިކަންހުރެ الله تَعَالى އެމީހުން ސުވަރުގެ ދިއުމަށް މަގުދައްކަވާނެތެވެ. އަދި އެމީހުންގެ އެންމެހައި ކަންތައްތަކާއި ޙާލުތައް ރަނގަޅު ކުރައްވައި ބަރާބަރުކޮށްދެއްވާހުއްޓެވެ.

  6. 6

    وَيُدْخِلُهُمُ ٱلْجَنَّةَ عَرَّفَهَا لَهُمْ

    Wayudkhiluhumul Jannata ʻarrafahaa lahum.

    އަދި އެކަލާނގެ އެމީހުންނަށް އެތަން ހުންނާނެކަން އަންގަވާފައިވާ ސުވަރުގެއަށް (ނުވަތަ އެމީހުންނަށްޓަކައި އެކަލާނގެ އެތާގައި މީރުވަސްދުއްވާފައިވާ ސުވަރުގެއަށް) އެމީހުން ވައްދަވާހުއްޓެވެ.

  7. 7

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَنصُرُوا۟ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ

    Yaaaʹayyuhal laẓeena ʹaamanooo ʹiñ tañṣurul laaha yañṣurkum wa-yus̤abbit ʹaq̣daamakum.

    އޭ އިމާންވެއްޖެ މީސްތަކުންނޭވެ. ކަލޭމެން الله އަށް ނަސްރު ދެންޏާ (އެބަހީ އެކަލާނގެ ދީނަށް ނަސްރުދެންޏާ) އެކަލާނގެ ކަލޭމެނަށް ނަސްރު ދެއްވާނެތެވެ. އަދި ކަލޭމެންގެ ފައިތިލަތައް ހަނގުރާމައިގެ މައިދާނުގައި ނުވަތަ صِرِاطُ މަގުހިގާއިރު ސާބިތު ކޮށްދެއްވާ ހުއްޓެވެ.

  8. 8

    وَٱلَّذِينَ كَفَرُوا۟ فَتَعْسًا لَّهُمْ وَأَضَلَّ أَعْمَـٰلَهُمْ

    Wallaẓeena kafaroo fataʻsal lahum wa-ʹaḍalla ʹaʻmaalahum.

    އަދި ކާފަރުވީމީސްތަކުން ދަންނައެވެ. އެމީހުންނަށް ހަލާކު ހުއްޓެވެ. (އަބާއްޖަވެރިކަންހުއްޓެވެ.) އަދި އެމީހުންގެ ހެޔޮ ޢަމަލުތައް އެކަލާނގެ بَاطِلُ ކުރައްވާ ހުއްޓެވެ.

  9. 9

    ذَٰلِكَ بِأَنَّهُمْ كَرِهُوا۟ مَآ أَنزَلَ ٱللَّهُ فَأَحْبَطَ أَعْمَـٰلَهُمْ

    Ẓaalika biʹannahum karihoo maaa ʹañzalal laahu faʹaḥbaṭa ʹaʻmaalahum.

    އެކަން އެހެން އެހެއްދެވީ الله ބާވާތްލެއްވި ތަކެއްޗަށް ހަމަކަށަވަރުން އެމީހުން ނުރުހުނީ އެވެ. (އީމާން ނުވީއެވެ.) އެހެންވެ އެމީހުންގެ ހެޔޮ ޢަމަލުތައް އެކަލާނގެ ގެއްލެނި ކުރައްވައި بَاطِلُ ކުރެއްވީއެވެ.

  10. 10

    ۞ أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۚ دَمَّرَ ٱللَّهُ عَلَيْهِمْ ۖ وَلِلْكَـٰفِرِينَ أَمْثَـٰلُهَا

    ʹAfalam yaseeroo fil ʹarḍi fayañz̤̣uroo kayfa kaana ʻAaq̣ibatul laẓeena miñ q̣ablihim? Dammaral laahu ʻalayhim, wa-lilkaafireena ʹams̤aaluhaa.

    އެމީހުންގެ (އެބަހީ މައްކާގެ ކާފަރުންގެ) ކުރީގެ (އެބާވަތުގެ ކާފަރުންގެ) ނިމުން އަދި އެމީހުންގެ ފަހުކޮޅު ވީކޮންފަދައަކުންކަން މިމީހުންދެކޭން މިމީހުންފަހެ ބިމުގައި ހިގާބިގާ ދަތުރު ފަތުރުކޮށް ނުހަދަނީ ބާވައެވެ؟ الله تَعَالَى އެމީހުން (ބަސްނުއެހުމުގެ ސަބަބުން) ހަލާކު ކުރައްވައި ބަރުބާދު ކުރެއްވިއެވެ. الله އަދި (މިހާރުގެ) ކާފަރުންނަށްވެސް ހަމަ ކަންތައްކުރައްވާނީ ހަމައެފަދައިންކަމުގައިވެދާނެއެވެ. ބަސްނުއެހިއްޔާ ހަލާކު ކުރައްވާފާނެއެވެ.

  11. 11

    ذَٰلِكَ بِأَنَّ ٱللَّهَ مَوْلَى ٱلَّذِينَ ءَامَنُوا۟ وَأَنَّ ٱلْكَـٰفِرِينَ لَا مَوْلَىٰ لَهُمْ

    Ẓaalika biʹannal laaha Mawlal laẓeena ʹaamanoo waʹannal kaafireena laa- mawlaa lahum.

    އެކަން އެހެން އެވީ ހަމަކަށަވަރުން الله تَعَالَى އީ އީމާންވީ މީސްތަކުންގެ ސަހަރޯ ވެރިޔާއެވެ. އަދި ކާފަރުން (ދަންނައެވެ.) އެމީހުންނަކަށް އެއްވަސް ސަހަރޯވެރިއަކު ނުވެއެވެ.

  12. 12

    إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ وَٱلَّذِينَ كَفَرُوا۟ يَتَمَتَّعُونَ وَيَأْكُلُونَ كَمَا تَأْكُلُ ٱلْأَنْعَـٰمُ وَٱلنَّارُ مَثْوًى لَّهُمْ

    ʹInnal laaha yudkhilul laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati Jannaatiñ tajree miñ taḥtihal ʹanhaar; wallaẓeena kafaroo yatamattaʻoona wa-yaʹkuloona kamaa taʹkulul ʹanʻaamu wan-Naaru mas̤wal lahum.

    ހަމަކަށަވަރުން އީމާންވެގެން صَالِحُ عَمَلُ ކުރި މީސްތަކުން އެތަންތާގެދަށުން އާރުތައް ދެމޭ ބަގީޗާ ތަކަކަށް الله تَعَالَى ވައްދަވައެވެ. އަދިކާފަރުވީ މީސްތަކުން އެމީހުން (ދުނިޔޭގައި) އަރާމުކުރެއެވެ. އަދި نَعَم ސޫފި ކައިބޮއި ހަދާފަދައިން ކައިބޮއި ހަދަ އެވެ. އަދި (قِيَامَة ދުވަހުން) އެމީހުން ގޮސްތިބޭނެތަނަކީ ނަރަކައެވެ. އަލިފާނެވެ.

  13. 13

    وَكَأَيِّن مِّن قَرْيَةٍ هِىَ أَشَدُّ قُوَّةً مِّن قَرْيَتِكَ ٱلَّتِىٓ أَخْرَجَتْكَ أَهْلَكْنَـٰهُمْ فَلَا نَاصِرَ لَهُمْ

    Wa-kaʹayyim miñ q̣aryatin hiya ʹashaddu q̣uwwatam miñ q̣aryatikal lateee ʹakhrajatka: ʹAhlaknaahum falaa naaṣira lahum.

    އަދި ކަލޭގެފާނުން އެރަށުން ނެރެލެއްވި ރަށުގެ މީހުންނަށްވުރެ ބާރުމާގަދަ ކިތައްކިތައްރަށް (ރަށްރަށުގެމީހުން) ތިމަންރަސްކަލާނގެ އެމީހުންވެސް (ބަސްނުއެހުމުގެ ސަބަބުން) ހަލާކު ކުރެއްވީން ހެއްޔެވެ؟ އެބަހީ އެބާވަތުގެ ވަރަށް ގިނަ ރަށްރަށް ހަލާކު ކުރެއްވީމެވެ. އެމީހުންނަކަށް ދެން އެއްވެސް ނަސްރުވެރިއަކު ނުވެއެވެ.

  14. 14

    أَفَمَن كَانَ عَلَىٰ بَيِّنَةٍ مِّن رَّبِّهِۦ كَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ وَٱتَّبَعُوٓا۟ أَهْوَآءَهُم

    ʹAfamañ kaana ʻalaa Bayyinatim mir Rabbihee kamañ zuyyina lahoo soooʹu ʻamalihee wattabaʻooo ʹahwaaaʹahum?

    އެމީހާގެ رَبُّ ގެ حَضْرَةُ ންވާ ދަލީލެއްގެ މަތީގައިވާ މީހާޔާއި އެމީހާގެ ނުބައި عَمَلُ ތައް އެމީހާއަށް ޒީނަތްތެރިވެވުނުމީހާ އެދެމީހުން އެއް ފަދަވާނޭހެއްޔެވެ؟ އަދި ތިމާގެހަވާނަފުސާއި ނުވަތަ އަމިއްލަ އެދުމާއި تَبَعَ ވެގެންވާމީހާފަދަހެއްޔެވެ؟ (އެދެމީހުން އެއްވަރުނުވާނެއެވެ.)

  15. 15

    مَّثَلُ ٱلْجَنَّةِ ٱلَّتِى وُعِدَ ٱلْمُتَّقُونَ ۖ فِيهَآ أَنْهَـٰرٌ مِّن مَّآءٍ غَيْرِ ءَاسِنٍ وَأَنْهَـٰرٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُۥ وَأَنْهَـٰرٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّـٰرِبِينَ وَأَنْهَـٰرٌ مِّنْ عَسَلٍ مُّصَفًّى ۖ وَلَهُمْ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَمَغْفِرَةٌ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَـٰلِدٌ فِى ٱلنَّارِ وَسُقُوا۟ مَآءً حَمِيمًا فَقَطَّعَ أَمْعَآءَهُمْ

    Mas̤alul Jannatil latee wuʻidal Muttaq̣oon: feehaaa ʹanhaarum mim maaaʹin g̣ayri ʹaasin; wa-ʹanhaarum mil labanil lam yatag̣ayyar ṭaʻmuh; wa-ʹanhaarum min khamril laẓẓatil lishshaaribeen; wa-ʹanhaarum min ʻasalim muṣaffaa. Wa-lahum feehaa miñ kullis̤ s̤amaraati wa-mag̣firatum mir Rabbihim: Kaman huwa khaaliduñ fin Naari wa-suq̣oo maaaʹan ḥameemañ faq̣aṭṭaʹa ʹamʻaaaʹahum?

    تَقْوَى ވެރިންނަށް وَعْدُ ވެވިފައިވާ ސުވަރުގޭގައިވާ އާރުތަކުގެ މިސާލަކީ އެތާގައި ނުބައިނުވާ ކުނިނުވާ މީރު ފެނުންވާ އާރުތަކެއްވެއެވެ. އަދި އޭގެރަހަ ބަދަލުނުވާ ކިރުގެ އާރުތައްވެއެވެ. އަދި ބޯމީހުންނަށް ރަހަމީރު لَذَّةُ ހުރި ރަލުގެ އާރުތައް ވެއެވެ. އަދިސާފު މާމުއިގެ އާރުތައްވެއެވެ. އަދި އެމީހުންނަށް އެތާގައި ހުރިހާވައްތަރެއްގެ މޭވާޔާއި އަދި އެމީހުންގެ رَبُّ ގެ حَضْرَةُ ންވާ ފާފަ ފުއްސެވުމާއި މިހުރިހާ نِعْمَة އެއް އެމީހުންނަށް އެތާވެއެވެ. މިފަދަމީހާއާއި އަދި އެމީހުންނަށް އެންމެ ހޫނުކަން ގަދަފެން ބޯންދެވޭ ދެންއޭގެސަބަބުން އެމީހުންގެ ގޮހޮރުތައް ބުރިބުރިވާ ޙާލު ނަރަކައިގާދެމިހުންނަމީހާއާއި އެއްފަދަވާނޭހެއްޔެވެ؟ (އެކަކު ކޮޅުނެތްކޮޅުގެ އަރާމާ نِعْمَة ގައި ދެމިހުންނަނީއެވެ. އަނެކަކު ކޮޅުނެތްކޮޅުގެ ވޭނާއި عَذَابُގައި ދެމިހުންނަނީއެވެ.)

  16. 16

    وَمِنْهُم مَّن يَسْتَمِعُ إِلَيْكَ حَتَّىٰٓ إِذَا خَرَجُوا۟ مِنْ عِندِكَ قَالُوا۟ لِلَّذِينَ أُوتُوا۟ ٱلْعِلْمَ مَاذَا قَالَ ءَانِفًا ۚ أُو۟لَـٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ وَٱتَّبَعُوٓا۟ أَهْوَآءَهُمْ

    Wa-minhum mañy yastamiʻu ʹilayka ḥattaaa ʹiẓaa kharajoo min ʻiñdika q̣aaloo lil-laẓeena ʹootul ʻIlma maaẓaa q̣aala ʹaanifaa? ʹUlaaaʹikal laẓeena ṭabaʻal laahu ʻalaa q̣uloobihim wattabaʻooo ʹahwaaaʹahum.

    އަދި އެމީހުންގެތެރޭގައި އެމުނާފިޤުންގެތެރޭގައި އެކަލޭގެފާނުންގެވާހަކަފުޅު އަހަންތިބޭމީހުން ވެއެވެ. އެމީހުން ކަލޭގެފާނުންގެ އަރިހުން ނުކުމެއްޖައުމަށްދާންދެން ނެވެ. ދެންހަމަ ނުކުމެފެއި ޢިލްމުދެއްވުނު މީހުންނަށް (އެބަހީ މުއުމިނުންގެތެރޭގައި ތިއްބެވި ޢާލިމުންނަށް އެމީހުންބުނެއެވެ. (ސުވާލުކުރެއެވެ.) ދެންމެ އެކަލޭގެފާނު ވިދާޅުވީ ކީކޭތޯއެވެ؟ އެމީހުންގެ އެވާހަކައަށް އިޝާރާތް ކުރައްވައި الله تَعَالَى އެއަންގަވަނީ ކަނޑައެޅިގެން އެމީހުން އެއީ (ހެޔޮއެއްޗެއް ނުވަންނާނޭގޮތުން) الله تَعَالَى އެމީހުންގެ ހިތްތަކުގައި ސިއްކަ ޖެއްސެވިމީހުންނެވެ. އަދި އެމީހުން އެމީހުންގެ ހަވާނަފުސާއި تَبَعَ ވެގެންވާމީހުންނެވެ.

  17. 17

    وَٱلَّذِينَ ٱهْتَدَوْا۟ زَادَهُمْ هُدًى وَءَاتَىٰهُمْ تَقْوَىٰهُمْ

    Wallaẓeenah tadaw zaadahum hudañw waʹataahum taq̣waahum.

    އަދި ތެދުމަގުލިބެވުނުމީހުން ދަންނައެވެ. އެކަލާނގެ އެމީހުންނަށް ތެދުމަގު އިތުރު ކޮށްދެއްވައެވެ. އަދި އެކަލާނގެ އެމީހުން تَقْوَى ވެރިކަންމަތީ ދަމަހައްޓަވައެވެ.

  18. 18

    فَهَلْ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأْتِيَهُم بَغْتَةً ۖ فَقَدْ جَآءَ أَشْرَاطُهَا ۚ فَأَنَّىٰ لَهُمْ إِذَا جَآءَتْهُمْ ذِكْرَىٰهُمْ

    Fahal yañz̤̣uroona ʹillas Saaʻata ʹañ taʹtiyahum̃ bag̣tah? Faq̣ad jaaaʹa ʹashraaṭuhaa. Faʹannaa lahum ʹiẓaa jaaaʹathum ẓikraahum?

    ހަމަކުއްލިއަކަށް އެމީހުންގެ ގާތަށް އެބަހީ (އެމުނާފިޤުންގެގާތަށް) قِيَامة އައުމަށްމެނުވީ އެމީހުން ފަހެ އިންތިޒާރު އެބަކުރޭހެއްޔެވެ؟ ހަމަކަށަވަރުން އޭގެ ޢަލާމާތްތައް އަތުވެއްޖެއެވެ. ފަހެ އެމީހުންގެ ގާތައް قِيَامة ދުވަސް އަތުވެއްޖެއްޔާ ވެސް ދެން އެމީހުން وَعْظُ نَصِيْحَة ލިބިގަންނާނީ ކޮންފަދައަކުން ހެއްޔެވެ؟ އޭގެ ފައިދާއެއް ނުކުރާނެއެވެ.

  19. 19

    فَٱعْلَمْ أَنَّهُۥ لَآ إِلَـٰهَ إِلَّا ٱللَّهُ وَٱسْتَغْفِرْ لِذَنۢبِكَ وَلِلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ ۗ وَٱللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَىٰكُمْ

    Faʻlam ʹannahoo Laaa ʹilaaha ʹillal laahu wastag̣fir liẓambika wa-lil-Muʹmineena wal-Muʹminaat: wallaahu yaʻlamu mutaq̣allabakum wa-mas̤waakum.

    ފަހެ ހަމަކަށަވަރުން الله މެނުވީ حَقُّ އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނު ކަލޭގެފާނުންގެ ފާފަ ފުއްސެވުމަށް އެދި ދަންނަވާށެވެ! އަދި މުއުމިނު ފިރިހެނުންގެއާއި އަދި މުއުމިނު އަންހެނުންގެ ފާފަ ފުއްސެވުމަށް އެދިވަޑައިގެން ދަންނަވާށެވެ! ދުވާލު ވަގުތު މަސައްކަތުގައި ކަލޭމެން އެފުއްމިފުށަށް ފުރޮޅޭތަން الله تَعَالَى ދެނެވޮޑިގެންވެއެވެ. އަދި ރޭގަޑުވަގުތު ކަލޭމެން އަރާމުކުރުމަށް ގޮސްތިބޭތަންވެސް الله تَعَالَى ދެނެވޮޑިގެންވެއެވެ.

  20. 20

    وَيَقُولُ ٱلَّذِينَ ءَامَنُوا۟ لَوْلَا نُزِّلَتْ سُورَةٌ ۖ فَإِذَآ أُنزِلَتْ سُورَةٌ مُّحْكَمَةٌ وَذُكِرَ فِيهَا ٱلْقِتَالُ ۙ رَأَيْتَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ يَنظُرُونَ إِلَيْكَ نَظَرَ ٱلْمَغْشِىِّ عَلَيْهِ مِنَ ٱلْمَوْتِ ۖ فَأَوْلَىٰ لَهُمْ

    Wa-yaq̣oolul laẓeena ʹaamanoo Law-laa nuzzilat Soorah? Faʹiẓaaa ʹuñzilat Sooratum Muḥkamatuñw Waẓukira feehal q̣itaalu raʹaytal laẓeena fee q̣uloobihim maraḍuñy yañz̤̣uroona ʹilayka naz̤̣aral mag̣shiyyi ʻalayhi minal mawt. Faʹawlaa lahum!

    އަދި އީމާންވީމީސްތަކުން ބުނެއެވެ. (ހަނގުރާމައިގެ ވާހަކަ ބަޔާންވެގެންވާ) ސޫރަތެއް ބަވާތްލައްވާނޭނަމައެވެ. ދެންފަހެ އެސޫރަތުގައި حُكُم ތައް ރަނގަޅަށް ސާފުކޮށް އޮޅުމެއްނެތި ބަޔާންވެގެންވާ ފަދައިން ހަނގުރާމައިގެވާހަކަ ބަޔާންވެގެންވާ ސޫރަތެއްބާވާތް ލައްވައިފިއްޔާ އެބައިމީހުންގެ ހިތްތަކުގައި (نِفَاقُ ކަމުގެ) ބަލިކަމެއްވާމީހުން ކަލޭގެފާނު ދެކެވަޑައިގަންނަވާނީ މަރުވާންވެގެން ހޭބަލިވެ ދެކަޅި ވިދިފައިވާމީހަކު ބަލާގޮތަށް ކަލޭގެފާނާއި ދިމާލަށް ބަލާތީއެވެ. އެމީހުންނަށް ހަލާކު ހުއްޓެވެ. (ނުވަތަ އެމީހުން ނޭދޭގޮތް ދިމާވުން) އެމީހުންނަށް އައުލާވެގެންވެއެވެ.

  21. 21

    طَاعَةٌ وَقَوْلٌ مَّعْرُوفٌ ۚ فَإِذَا عَزَمَ ٱلْأَمْرُ فَلَوْ صَدَقُوا۟ ٱللَّهَ لَكَانَ خَيْرًا لَّهُمْ

    Ṭaaʻatuñw Waq̣awlum maʻroof. Faʹiẓaa ʻazamal ʹamr. Falaw ṣadaq̣ul laaha lakaana khayral lahum.

    ކިޔަމަންތެރިކަން އަދާކުރުމާއި އަދި ހެޔޮބަސް ބުނުން ހުއްޓެވެ. ދެންފަހެ ހަނގުރާމަ فَرْضُ ވެ ކަނޑައެޅިއްޖެއްޔާ އެމީހުން ދެބަސްވެ ފަހަތަށް ޖެހެއެވެ. އަދި އެމީހުން ކިޔަމަންތެރިވެ الله تَعَالَى އަށް ތެދުވެރިވިނަމަ އެގޮތް އެމީހުންނަށް މާހެޔޮވީހެވެ.

  22. 22

    فَهَلْ عَسَيْتُمْ إِن تَوَلَّيْتُمْ أَن تُفْسِدُوا۟ فِى ٱلْأَرْضِ وَتُقَطِّعُوٓا۟ أَرْحَامَكُمْ

    Fahal ʻasaytum ʹiñ tawallaytum ʹañ tufsidoo fil ʹarḍi wa-tuq̣aṭṭiʻooo ʹarḥaamakum?

    (އޭ މިތިބަ މުނާފިޤުންނޭވެ! ނުވަތަ މުރުތައްދުމީހުންނޭވެ!) ކަލޭމެން އުއްމަތުގެ ކަންކަމަށް ވެރިކުރެވިއްޖެއްޔާ (ނުވަތަ ކަލޭމެން އިސްލާމުދީނުން މޫނު އަނބުރައިލައިފިއްޔާ) ކަލޭމެން ބިމުގައި ޝިރުކުކޮށް ފަސާދަކޮށް އަދި ކަލޭމެން ކަލޭމެންގެ رَحِم ކަޑައި ހަދާބަޔަކު ކަމުގައި ވެދާނެކަންނޭގެއެވެ. އެހެންވުން އެކަށީގެންވެއެވެ.

  23. 23

    أُو۟لَـٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ فَأَصَمَّهُمْ وَأَعْمَىٰٓ أَبْصَـٰرَهُمْ

    ʹUlaaaʹikal laẓeena laʻanahumul laahu faʹaṣammahum wa-ʹaʻmaaa ʹabṣaarahum.

    ކަނޑައެޅިގެން އެފަދަމީހުން އެއީ الله لَعْنَة ލެއްވި މީހުންނެވެ. ފަހެ އެކަލާނގެ އެމީހުންނަށް (ހެޔޮއެއްޗެއް ނުވިސްނޭމެގޮތުން) ބީރުކުރެއްވިއެވެ. އަދި އެކަލާނގެ އެމީހުންގެ ލޯތައްއަދިރި ކުރެއްވިއެވެ. (އެއީ مَعْنَوِى ގޮތުން حَقُّ ތެދު އެއްޗެއް ނުފެންނާނެގޮތުންނެވެ.)

  24. 24

    أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَآ

    ʹAfalaa yatadabbaroonal Q̣ur-ʹaana ʹam ʻalaa q̣uloobin ʹaq̣faaluhaa?

    އެމީހުންފަހެ قُرْآن އާއި މެދު ވިސްނާފިކުރުކޮށް ތަދުބީރުކޮށް ނުހަދަނީ ބާވައެވެ. ނުވަތަ އެމީހުންގެ ހިތްތައްއެވަނީ ތަޅު އަޅުވާ ބަންދުކޮށްފައިހެއްޔެވެ؟

  25. 25

    إِنَّ ٱلَّذِينَ ٱرْتَدُّوا۟ عَلَىٰٓ أَدْبَـٰرِهِم مِّنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْهُدَى ۙ ٱلشَّيْطَـٰنُ سَوَّلَ لَهُمْ وَأَمْلَىٰ لَهُمْ

    ʹInnal laẓeenar taddoo ʻalaaa ʹadbaarihim mim baʻdi maa- tabayyana lahumul Hudash Shayṭaanu sawwala lahum, wa-ʹamlaa lahum.

    ހަމަކަށަވަރުން އެމީހުންނަށް ތެދުމަގު ރަނގަޅަށް ބަޔާންވެ އެގުމަށްފަހު އެމީހުން އެމީހުންގެ ފުރަގަހަށް ރައްދު ވީމީހުން އެބަހީ މުރުތައްދުވީމީހުން (ދަންނައެވެ.) شَيْطَانُ އެމީހުންނަށް (ނުބައިކަންތައްތައް) ޒީނަތްތެރި ކޮށްދިނީއެވެ. އަދި އެމީހުންނަށް އެސޮރު ބޭކާރު އުއްމީދުތައް ކޮށްދީ ހެދީއެވެ. ވާވެއްދީއެވެ.

  26. 26

    ذَٰلِكَ بِأَنَّهُمْ قَالُوا۟ لِلَّذِينَ كَرِهُوا۟ مَا نَزَّلَ ٱللَّهُ سَنُطِيعُكُمْ فِى بَعْضِ ٱلْأَمْرِ ۖ وَٱللَّهُ يَعْلَمُ إِسْرَارَهُمْ

    Ẓaalika biʹannahum q̣aaloo lillaẓeena karihoo maa- nazzalal laahu sanuṭeeʻukum fee baʻḍil ʹamr; wallaahu yaʻlamu ʹisraarahum.

    އެކަން އެހެން އެވީ ހަމަކަށަވަރުން الله ބާވައިލެއްވި ތަކެއްޗާއިމެދު ނުރުހުނުމީހުންނަށް (އެއީ މައްކާގެ މުޝްރިކުން ނުވަތަ ޔަހޫދީންނެވެ.) އެމުނާފިޤުން ބުނީ ބައެއްކަންކަމުގައި ނިކަންހުރެ އަހުރެމެން ކަލޭމެންނަށް ކިޔަމަންވާހުށީމެވެ. އަދި އެހެންނަމަވެސް الله އެއަންގަވަނީ އެމީހުންގެ ސިއްރުތައް الله ދެނެވޮޑި ގަންނަވާކަމުގައެވެ.

  27. 27

    فَكَيْفَ إِذَا تَوَفَّتْهُمُ ٱلْمَلَـٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَـٰرَهُمْ

    Fakayfa ʹizaa tawaffathumul malaaaʹikatu yaḍriboona wujoohahum wa-ʹadbaa-rahum?

    އަދި މަލާއިކަތްބޭކަލުން އެމީހުންގެ މަރުހިތްޕަވައިފިއްޔާ ދެންވާނީ ކިހިނެއްހެއްޔެވެ؟ (އެމީހުންގެ މަރުހިތްޕަވާހިނިދު) އެބޭކަލުން އެމީހުންގެ މޫނުތަކުގައްޔާއި އެމީހުނގެ ފޫކޮޅުތަކުގައި ތަޅުއްވާހުއްޓެވެ.

  28. 28

    ذَٰلِكَ بِأَنَّهُمُ ٱتَّبَعُوا۟ مَآ أَسْخَطَ ٱللَّهَ وَكَرِهُوا۟ رِضْوَٰنَهُۥ فَأَحْبَطَ أَعْمَـٰلَهُمْ

    Ẓaalika biʹannahumut tabaʻoo maaa ʹaskhaṭal laaha wa-karihoo riḍwaanahoo faʹaḥbaṭa ʹaʻmaalahum.

    އެހެން އެވީ ހަމަކަށަވަރުން الله ކޯފާވެވޮޑި ގަންނަވާ ކަންތަކާއި އެމީހުން تَبَعَ ވީކަމެވެ. އަދި އެކަލާނގެ ރުހިވޮޑިގަތުމާއި އެމީހުން ނުރުހުނީއެވެ. ދެން ފަހެ އެކަލާނގެ އެމީހުންގެ (ހެޔޮ ޢަމަލުތައް) بَاطِلُ ކުރެއްވިއެވެ.

  29. 29

    أَمْ حَسِبَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ أَن لَّن يُخْرِجَ ٱللَّهُ أَضْغَـٰنَهُمْ

    ʹAm ḥasibal laẓeena fee q̣uloobihim maraḍun ʹal lañy yukhrijal laahu ʹaḍg̣aanahum?

    އަދި ނުވަތަ އެމީހުންގެ ހިތްތަކުގައި (نِفَاقُ ކަމުގެ) ބައްޔެއްވާ އެމީހުން އެމީހުންގެ ޙަސަދައިގެ ރުޅިވެރިކަން الله ނުނެރުއްވާނެކަމަށް އެމީހުން ހީކުރަނީ ހެއްޔެވެ؟ (އެހެން ނުވާނެއެވެ. އެމީހުންގެ ހިތްތަކުގައި މުއުމިނުންގެ މައްޗައް އެވާ ރުޅިވެރިކަމާއި ހަސަދަވެރިކަމާއި ޢަދާވާތްތެރިކަން الله ނެރުއްވާނެއެވެ. ފާޅު ކުރައްވާނެއެވެ.

  30. 30

    وَلَوْ نَشَآءُ لَأَرَيْنَـٰكَهُمْ فَلَعَرَفْتَهُم بِسِيمَـٰهُمْ ۚ وَلَتَعْرِفَنَّهُمْ فِى لَحْنِ ٱلْقَوْلِ ۚ وَٱللَّهُ يَعْلَمُ أَعْمَـٰلَكُمْ

    Wa-law nashaaaʹu laʹaraynaakahum falaʻaraftahum̃ biseemaahum: wa-lataʻrifan-nahum fee laḥnil q̣awl! Wallaahu yaʻlamu ʹaʻmaalakum.

    އަދި ތިމަންރަސްކަލާނގެ އެދިވޮޑި ގަންނަވާނަމަ ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ކަލޭގެފާނަށް އެމީހުން ދައްކަވައިފީހެވެ. (އެއީކޮންބައެއްކަން އަންގަވަފާހުށީމެވެ.) ދެން ހަމަކަށަވަރުން އެމީހުންގެ ޢަލާމާތުން ކަލޭގެފާނަށް އެމީހުން އެގިވަޑައިގެންފާނެއެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނަށް އެމީހުންގެ ބަސްބުނުމުގެ ރާގުންނާއި އަދި مِقْصَد ން އެމީހުން އެގިވަޑައިގެންފާނެއެވެ. އަދި (އޭމިތިބަ މުނާފިޤުންނޭވެ!) ކަލޭމެންގެ ޢަމަލުތައް الله ދެނެވޮޑިގެންވެއެވެ.

  31. 31

    وَلَنَبْلُوَنَّكُمْ حَتَّىٰ نَعْلَمَ ٱلْمُجَـٰهِدِينَ مِنكُمْ وَٱلصَّـٰبِرِينَ وَنَبْلُوَا۟ أَخْبَارَكُمْ

    Wa-lanabluwannakum ḥattaa naʻlamal mujaahideena miñkum waṣṣaabireena wa-nabluwa ʹakhbaarakum.

    އަދި ހަމަކަށަވަރުން ކަލޭމެންގެތެރެއިން މުޖާހިދުންނަކީ ކޮންބައެއްކަމާއި އަދި ކެތްތެރިންނަކީ ކޮންބައެއްކަން ތިމަން ރަސްކަލާނގެ ދެނެވޮޑިގެންވާކަން ފާޅުކުރައްވައިފުމަށްދާންދެން ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެން إِمْتِحَانُ ކުރައްވާހުށީމެވެ. (އެއީ ހަނގުރާމަ فَرْضُ ކުރައްވައިގެން ކިޔަމަންތެރިންނާއި ނުކިޔަމަންތެރިން ހާމަކުރައްވައިގެންނެވެ.)

  32. 32

    إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ وَشَآقُّوا۟ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْهُدَىٰ لَن يَضُرُّوا۟ ٱللَّهَ شَيْـًٔا وَسَيُحْبِطُ أَعْمَـٰلَهُمْ

    ʹInnal laẓeena kafaroo wa-ṣaddoo ʻañ Sabeelil laahi wa-shaaaq̣q̣ur Rasoola mim baʻdi maa- tabayyana lahumul Hudaa lañy yaḍurrul laaha shayʹaa: wa-sa-yuḥbiṭu ʹaʻmaalahum.

    ހަމަކަށަވަރުން ކާފަރުވީމީސްތަކުން އަދި އެމީހުން ﷲ ގެމަގު ބަންދުކޮށް އެމީހުންނަށް ތެދުމަގު ރަނގަޅަށް ބަޔާންވެ އެގުމަށްފަހު ދެންއެމީހުން ރަސޫލާއާއި އިދިކޮޅު ހެދިމީހުން (ދަންނައެވެ.) އެމީހުންނަކަށް އެއްވެސްގޮތަކުން އަދިއެއްވެސްކަމަކުންވިޔަސް الله އަށް އުދަގުލެއްކޮށް ގެއްލުމެއްކޮށްހެދޭނެ ބައެއްކަމުގައި އެމީހުންނުވެއެވެ. އަދި ނިކަންހުރެ އެމީހުންގެ ޢަމަލުތައް بَاطِلُ ވެދާނެއެވެ.

  33. 33

    ۞ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَلَا تُبْطِلُوٓا۟ أَعْمَـٰلَكُمْ

    Yaaaʹayyuhal laẓeena ʹaamanooo ʹaṭeeʻul laaha wa-ʹaṭeeʻur Rasoola wa-laa tubṭilooo ʹaʻmaalakum!

    އޭއީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން الله އަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން ރަސޫލާއަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން ކަލޭމެންގެ (ހެޔޮ) ޢަމަލުތައް\nبَاطِلُ ނުކުރާށެވެ! (މިއާޔަތުގެ مَفْهُوْمُ އަށްބަލާއިރު الله އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަން ނުވާ ކޮންމެމީހެއްގެ (ހެޔޮ) ޢަމަލުތައް بَاطِلُ ވާނެއެވެ. އެދެފަރާތުގެ އަމުރާ ދިމާނުވާގޮތަށް ހުންނައެއްވެސް ހެޔޮޢަމަލެއް ޤަބޫލެއްނުވެވޭނެއެވެ. މިގޮތުން ބަލާއިރު މަޒުހަބެއްގެ ނަމުގައިކުރެވޭ ޢަމަލުތައް ރަސްމީ އޮފީހުން ބައްލަވައި ގަންނަވާނެކަމުގެ އެއްވެސް ދަލީލެއްނެތެވެ.

  34. 34

    إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ ثُمَّ مَاتُوا۟ وَهُمْ كُفَّارٌ فَلَن يَغْفِرَ ٱللَّهُ لَهُمْ

    ʹInnal laẓeena kafaroo wa-ṣaddoo ʻañ Sabeelil laahi s̤umma maatoo wa-hum kuffaaruñ falañy yag̣firal laahu lahum.

    ހަމަކަށަވަރުން ކާފަރުވީމީސްތަކުން އަދި އެމީހުން ﷲ ގެ މަގު އެބަހީ އިސްލާމުދީން ބަންދުކޮށް ދީނަށް މީހުން ވަނަނުދީ ހުރަސްކޮށް / ބަންދުކޮށްހަދައި ދެންއެމީހުން ކާފަރުކަންމަތީވާ ޙާލު މަރުވެދިޔަ ކަމުގައިވަންޏާ ފަހެ الله تَعَالَى އެމީހުންނަށް ނުފުއްސަވާހުއްޓެވެ.

  35. 35

    فَلَا تَهِنُوا۟ وَتَدْعُوٓا۟ إِلَى ٱلسَّلْمِ وَأَنتُمُ ٱلْأَعْلَوْنَ وَٱللَّهُ مَعَكُمْ وَلَن يَتِرَكُمْ أَعْمَـٰلَكُمْ

    Falaa tahinoo wa-tadʻooo ʹilas salmi wa-ʹañtumul ʹaʻlawna wallaahu maʻakum wa-lañy yatirakum ʹaʻmaalakum.

    ފަހެ ކަލޭމެން މުއުމިނުން ބަލިކަށި ނުވާހުށިކަމެވެ! ފިނޑި ނުވާށެވެ! އަދި ކަލޭމެން (ކުރީފަށައިގެން) صُلْحَ ޔަށްނުގޮވާށެވެ! ކާފަރުން صُلْحَ އަށްގޮވަންދެން ކަލޭމެން ހަނގުރާމަ ކުރިޔަށް ގެންދާށެވެ! ކަލޭމެންނަކީ މަތިވާނެމީހުންނެވެ. الله ވޮޑިގެންވަނީ ކަލޭމެންނާއި އެކުގައެވެ. އަދި ކަލޭމެންގެ ޢަމަލުތައް އެބަހީ ޢަމަލުގެ ދަރުމަޔާއި ސަވާބު އެކަލާނގެ މަދު ނުކުރައްވާނެއެވެ.

  36. 36

    إِنَّمَا ٱلْحَيَوٰةُ ٱلدُّنْيَا لَعِبٌ وَلَهْوٌ ۚ وَإِن تُؤْمِنُوا۟ وَتَتَّقُوا۟ يُؤْتِكُمْ أُجُورَكُمْ وَلَا يَسْـَٔلْكُمْ أَمْوَٰلَكُمْ

    ʹInnamal ḥayaatud dunyaa laʻibuñw walahw: wa-ʹiñ tuʹminoo wa-tattaq̣oo yuʹtikum ʹujoorakum wa-laa yasʹalkum ʹamwaalakum.

    ދުނިޔޭ ގެ މިދިރިއުޅުންވާކަން ކަށަވަރީ ކުޅިވަރާއި އަދި الله تَعَالَى ގެމަތިން غَافِل ކޮށްލާ އެއްޗެއް ކަމުގައެވެ. އަދިކަލޭމެން އީމާންވެ އަދި ކަލޭމެން ثقوى ވެރި ވެއްޖެއްޔާ ކަލޭމެންގެ އުޖޫރަ ކަލޭމެނަށް އެކަލާނގެ ދެއްވާނެއެވެ. އަދި އެކަލާނގެ ކަލޭމެންގެ މުދަލަކަށް އެބަހީ ކަލޭމެންގެ މުޅިމުދާ (އެކަށް) ކަލޭމެންދޭކަށެއް އެދިވޮޑި] ނުގަންނަވާނެއެވެ. (އެދިވޮޑިގަންނަވަނީ އޭގެޙައްޤުއަދާކުރުމަށެވެ. ޒަކާތްދޭށެވެ. ދެންވެސް ސުންނަތްصَدَقَة ދޭށެވެ.)

  37. 37

    إِن يَسْـَٔلْكُمُوهَا فَيُحْفِكُمْ تَبْخَلُوا۟ وَيُخْرِجْ أَضْغَـٰنَكُمْ

    ʹIñy yasʹalkumoohaa fayuḥfikum tabkhaloo wa-yukhrij ʹaḍg̣aanakum.

    އެކަލާނގެ ކަލޭމެންގެކިބައިން (އެކަށް) އެމުދާ ހޭދަކުރުމަށް އެދިވޮޑިގެންނެވި ނަމަ ފަހެ އެހައިރުން ކަލޭމެންނަށް ދަތިވެދާނެއެވެ. ދެންކަލޭމެން ދަހިވެތި ވެދާނެއެވެ. بَخِيْلُ ވެދާނެއެވެ. އަދިކަލޭމެންގެ ހިތްޔަކުގައިވާ ރުޅިވެރިކަމާއި ޙަސަދަވެރިކަން އެކަލާނގެ ނެރުއްވާނެއެވެ.

  38. 38

    هَـٰٓأَنتُمْ هَـٰٓؤُلَآءِ تُدْعَوْنَ لِتُنفِقُوا۟ فِى سَبِيلِ ٱللَّهِ فَمِنكُم مَّن يَبْخَلُ ۖ وَمَن يَبْخَلْ فَإِنَّمَا يَبْخَلُ عَن نَّفْسِهِۦ ۚ وَٱللَّهُ ٱلْغَنِىُّ وَأَنتُمُ ٱلْفُقَرَآءُ ۚ وَإِن تَتَوَلَّوْا۟ يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ لَا يَكُونُوٓا۟ أَمْثَـٰلَكُم

    Haaaʹañtum haaaʹulaaaʹi tudʻawna lituñfiq̣oo fee Sabeelil laah: famiñkum mañy yabkhal Wa-mañy yabkhal faʹinnamaa yabkhalu ʻan nafsih. Wallaahul G̣aniyyu wa-ʹañtumul Fuq̣araaaʹ. Wa-ʹiñ tatawallaw yastabdil q̣awman g̣ayrakum s̤umma laa- yakoonooo ʹams̤aalakum!

    އޭމިތިބަމީހުންނޭވެ! ކަލޭމެން ﷲ ގެމަގުގައި ހޭދަކުރުމަށް ކަލޭމެންނަށް ގޮވޭނެއެވެ. ފަހެ ކަލޭމެންގެތެރޭގައި بَخِيْلُ ވާނޭމީހުން - ދަހިވެތިވާނޭމީހުން- ވާނެއެވެ. އަދި بَخِيْلُ ވާމީހުން - ދަހިވެތިވާމީހުން ދަންނައެވެ. ފަހެ ހަމަކަށަވަރުން އެމީހަކު އެ بَخِيْلُ ވާކަން ކަށަވަރީ އެމީހެއްގެ އަމިއްލަ ނަފުސަށެވެ. އެބަހީ އެކަމުގެ ގެއްލުމާއި ދެރަކަންއޮންނާނީ ހަމަ އެމީހެއްގެ އަމިއްލަ ނަފުސަށެވެ. الله އެއީ އަމިއްލަ ޒާތުފުޅާއިގެން ފުދިވޮޑިގެންވާ ކަލާނގެއެވެ. އަދި ކަލޭމެނަނަކީ ފަޤީރުންނެވެ. އެކަލާނގެއަށް ބޭނުންވެގެންވާމީހުންނެވެ. އަދި ކަލޭމެން ﷲ ގެމަގުގައި ހޭދަނުކޮށް އެކަލާނގެ އަމުރުފުޅުތަކަށް އެނބުރި ފުރަގަސްދީފިއްޔާވެސް އެކަލާނގެ އެހެންޤައުމަކަށް ބަދަލު ކުރައްވައިފާނެއެވެ. އެބަހީ ކަލޭމެންގެ ބަދަލުގައި އެހެންބަޔަކު ގެންނަވައިފާނެއެވެ. އަދި އެގެންނަވާމީހުން ކަލޭމެންފަދައިން ނުވާނެއެވެ. ބަސް އަހާނެއެވެ.