Back to Quran

ސޫރަތްތައް 50

Qaf

The Letter "Qaf" · Makki · 45 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    قٓ ۚ وَٱلْقُرْءَانِ ٱلْمَجِيدِ

    Q̣AAAF: Wal-Q̣urʹaanil Majeed.

    ق: މިއަކުރުގެމާނައެއް އަދި މުރާދެއް މޮޅަށްދެނެވޮޑިގެންވަނީ ހަމަ الله އެވެ. މާތްވެގެންވާ މި قُرْآن ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވައެވެ. (ހަމަކަށަވަރުން مُحَمّدُ ގެފާނަކީ އަމާނާތްތެރި ވެގެންވާ ރަސޫލު ބޭކަލެކެވެ. ނުވަތަ ކަލޭމެން މަރުވުމަށްފަހު مَحْشَرُ އަށް ފޮނުވޭނެކަމީ ކަށަވަރުކަމެކެވެ. މިދެގޮތަށް މިހުވައިގެ ޖަވާބު މުފައްސިރުން ބަޔާންކުރައްވައެވެ.)

  2. 2

    بَلْ عَجِبُوٓا۟ أَن جَآءَهُم مُّنذِرٌ مِّنْهُمْ فَقَالَ ٱلْكَـٰفِرُونَ هَـٰذَا شَىْءٌ عَجِيبٌ

    Bal ʻajibooo ʹañ jaaaʹahum Muñẓirum minhum faq̣aalal kaafiroona haaẓaa shayʹun ʻajeeb!

    އަދިކިއެއް ހެއްޔެވެ. އެމީހުން އެބަހީ މައްކާގެ މުޝްރިކުން އެ ޢަޖާއިބުވީ އެމީހުނގެ ގާތަށް އެމީހުންގެތެރެއިން އިންޒާރުކުރައްވާ ބޭކަލަކު ވަޑައިގަތުމުންނެވެ. އެބޭކަލަކީ مُحَمّدُ ގެފާނެވެ. އެކާފަރުންބުނީ އެއީ ބޮޑު ޢަޖާއިބެއްކަމަށެވެ. (އެކަލޭގެފާނު އެދައްކަވާ ވާހަކައެއީ عَجَائِبُ ވާހަކައެކެވެ.)

  3. 3

    أَءِذَا مِتْنَا وَكُنَّا تُرَابًا ۖ ذَٰلِكَ رَجْعٌۢ بَعِيدٌ

    ʹA-ʹiẓaa mitnaa wa-kunnaa turaabaa? Ẓaalika Rajʻum baʻeed!

    އަޅެފަހެ އަހުރެމެން މަރުވުމަށްފަހު އަދި އަހުރެމެން ވެއްޔަށްވުމަށްފަހުގައި އަލުން އަހުރެމެން ދިރިގެން އަންނާނެ ހެއްޔެވެ؟ އެއީ ދުރުވެގެންވާ رُجُوعَ ވުމެކެވެ.

  4. 4

    قَدْ عَلِمْنَا مَا تَنقُصُ ٱلْأَرْضُ مِنْهُمْ ۖ وَعِندَنَا كِتَـٰبٌ حَفِيظٌۢ

    Q̣ad ʻalimnaa maa- tañq̣uṣul ʹarḍu minhum: wa-ʻiñdanaa Kitaabun Hafeez̤̣.

    ދެންފަހެ ކާފަރުންގެ އެބަހުގެ ޖަވާ الله އެދެއްވަނީ މިފަދައިންނެވެ. ހަމަކަށަވަރުން އެމީހުންގެ ކިބައިން ބިންގަނޑު މަދުކުރާތަކެތި އެބަހީ އެމީހުންގެ ހަށިތަކުން ވީރާނާވެގެންދާވަރާ ފީވެދާވަރު ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ތިމަން ރަސްކަލާނގެ حَضْرَةُ ގައި އެހުރިކަމެއްނޯޓު ކުރައްވައި ރައްކާތެރި ކުރައްވާފައިވާ ފޮތެއް ވެއެވެ.

  5. 5

    بَلْ كَذَّبُوا۟ بِٱلْحَقِّ لَمَّا جَآءَهُمْ فَهُمْ فِىٓ أَمْرٍ مَّرِيجٍ

    Bal kaẓẓaboo bil-Ḥaq̣q̣i lammaa jaaaʹahum fahum feee ʹamrim mareej.

    އަދި ކިއެއްހެއްޔެވެ؟ އެމީހުންގެ ގާތަށް حَقُّ އައިހިދުން އެމީހުން حَقُّ ދޮގުކުރީ އެވެ. (އެބަހީ އެމީހުންގެ ގާތަށް حَقُّ ކަމުގައިވާ قُرْآن އައިހިދުން އެމީހުން އެއްވެސް ފިކުރެއްބެލުމެއްނެތި ދޮގުކުރީއެވެ.) ފަހެ އެމީހުންވަނީ އެ قُرْآن އާއި މެދު އެކަތި އަނެކެއްޗަށް މައްސުނި ކުރެވިގެންވާ އޮޅުން ބޮޅުމެއްގެ ތެރޭގައެވެ. (އެއްބަޔަކު ބުނީ އެއީ ސިޙުރެއްކަމަށެވެ. އަނެއްބަޔަކުބުނީ އިސްވެދިޔަމީހުންގެ ދޮގުވާހަކަތަކެއްކަމަށެވެ. އަދި އަނެއްބަޔަކުބުނީ އެއީ ކަހާނަތެއްކަމަށެވެ. ދެންމިހެންގޮސް ތަފާތު އެތައްވާހަކައެކެވެ.)

  6. 6

    أَفَلَمْ يَنظُرُوٓا۟ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَـٰهَا وَزَيَّنَّـٰهَا وَمَا لَهَا مِن فُرُوجٍ

    ʹAfalam yañz̤̣urooo ʹilas samaaaʹi fawq̣ahum kayfa banaynaahaa wa-zayyannaahaa wa-maa lahaa miñ furooj?

    އެމީހުންގެ މަތީގައިވާ އުޑަށް އެމީހުންފަހެ ނުބަލަނީ ހެއްޔެވެ؟ ތިމަންރަސްކަލާނގެ އެއުޑު ހައްދަވާފައި ވަނީ ކޮންފަދައަކުންކަން އަދި ތިމަންރަސްކަލާނގެ އެއުޑު ޒީނަތްތެރި ކުރައްވާފައިވަނީ ކިހިނެއްކަމާއި މެދު އެމީހުން ވިސްނާ ނުހަދަނީ ބާވައެވެ؟ އަދި އެއަކަށް އެއްވެސް ރެދެއް / ފެޅުމެއް ނުވެއެވެ. ބާކޮޅެއް ނުވެއެވެ.

  7. 7

    وَٱلْأَرْضَ مَدَدْنَـٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ زَوْجٍۭ بَهِيجٍ

    Wal-ʹarḍa madadnaahaa wa-ʹalq̣aynaa feehaa rawaasiya wa-ʹambatnaa feehaa miñ kulli zawjim baheej,―

    އަދި ބިންގަނޑު (ދަންނައެވެ. އެބިންގަނޑު ތިމަންރަސްކަލާނގެ ދަންމަވާ ފެތުރުއްވީމެވެ. އަދި ތިމަން ރަސްކަލާނގެ އޭގައި ފަރުބަދަތައް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އޭގައި ރިވެތި އަދި ފުރިހަމަ ކޮންމެބާވަތަކުންވެސް ޖޯޑު ޖޯޑު ގެ ފަތްޕިލާވެލި ފެޅުއްވީމެވެ.

  8. 8

    تَبْصِرَةً وَذِكْرَىٰ لِكُلِّ عَبْدٍ مُّنِيبٍ

    Tabṣiratañw Waẓikraa likulli ʻabdim muneeb.

    އެކަންތައްތައް އެހެން އެލެއްވީ الله އަށް ތައުބާވެ ރުޖޫޢަވާ ކޮންމެ އަޅަކު ވިސްނާ ފިކުރުކޮށް އަދި وَعْظُ نَصٍيْحَة ލިބިގަތުމަށްޓަކައެވެ.

  9. 9

    وَنَزَّلْنَا مِنَ ٱلسَّمَآءِ مَآءً مُّبَـٰرَكًا فَأَنۢبَتْنَا بِهِۦ جَنَّـٰتٍ وَحَبَّ ٱلْحَصِيدِ

    Wa-nazzalnaa minas samaaaʹi maaaʹam mubaarakañ faʹambatnaa bihee jannatiñw waḥabbal ḥaṣeed;

    އަދި ތިމަންރަސްކަލާނގެ އުޑުން = ބަރަކާތްތެރި ފެނެއް ވެއްސެވީމެވެ. އެފެނުން ބަގީޗާތަކާއި އަދި ގޮވާމުގެ ގޮތުގައި ކެޑެވޭ އޮއްޓަރުވެސް ތިމަންރަސްކަލާނގެ ފަޅުއްވަމެވެ.

  10. 10

    وَٱلنَّخْلَ بَاسِقَـٰتٍ لَّهَا طَلْعٌ نَّضِيدٌ

    Wannakhla baasiq̣aatil lahaa ṭalʻun naḍeed;―

    އަދި މޭވާ އަޅާ ދިގު ކަދުރު ރުއްތަކާއި އެކަތިމައްޗަށް އަނެކަތި އަރާ ފުރިބާރުވެފައިވާ މޭވާގެ އެއްތައް އެއަށްވާ އެރުއްތައް ތިމަންރަސްކަލާނގެ އެފެނުން ފެޅުއްވީމެވެ.

  11. 11

    رِّزْقًا لِّلْعِبَادِ ۖ وَأَحْيَيْنَا بِهِۦ بَلْدَةً مَّيْتًا ۚ كَذَٰلِكَ ٱلْخُرُوجُ

    Rizq̣al lilʻibaadi wa-ʹaḥyaynaa bihee baldatam maytaa. Kaẓaalikal khurooj.

    އެއީ އަޅުތަކުންނަށްވާ ރިޒުގެއްގެ ގޮތުންނެވެ. އަދި އެފެނުން މަރުވެ ހަނަފަސްވެފައިވާ ރަށް ރަށް ތިމަންރަސްކަލާނގެ ދިރުއްވަމެވެ. މީސްތަކުން ނުކުތުންވަނީ އެފަދައިންނެވެ. (އެބަހީ مَحْشَرُ އަށް ދިއުމަށްޓަކައި ކަށްވަޅުތަކުންމީސްތަކުން ނުކުންނާނީ ވާރޭވެހުނީމާ ބިމުންގަސްތައް ފަޅައިގެން ނުކުމެގަންނަގޮތަށެވެ. އެފަދައިންނެވެ.\nދަންނައެވެ. އުޑު އެއްވެސް ތަނބަކާއިނުލައި އުފުއްލަވައި އެހާރީތިކޮށް ވަރުގަދަކޮށް ޒީނަތްތެރިކޮށް ހައްދަވައި އަދި ބިންގަނޑު ފަތުރުއްވައި ތަނަވަސްކުރައްވައި ގަސްގަހާގެހީގެ ނިޢުމަތުންފުރުއްވައި މަތިންވާރޭ ވެއްސަވައި އަދިމިނޫންވެސް މިބޮޑު ކާއިނާތުގެގެ އެންމެހައި ތަކެތި ހައްދަވައި މިފުރިހަމަ ނިޒާމުގެމަތިން ހިންގަވާ ކަލަކަށް މީސްތަކުން މަރުވުމަށްފަހު ދެވަނަފަހަރަށް ދިރުއްވާ مَحْشَرُ ކުރެއްވުން އެއްވެސްގޮތަކުން ދަތިނުވާނޭކަން ކޮންމެ ސަލާމަތް ބުއްދިއްކަށް އެނގޭނެއެވެ.

  12. 12

    كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَأَصْحَـٰبُ ٱلرَّسِّ وَثَمُودُ

    Kaẓẓabat q̣ablahum Q̣awmu Nooḥiñw waʹAṣḥaabur Rassi wa-S̤amood,

    އަދި އެމީހުންގެކުރީގައި އެބަހީ قُرَيْش ންގެކުރީގައި نُوحُ عَليهِ السلام ގެ ޤައުމުގެމީހުން އަދިأُخْدُوْدُ އެވެ ކިއުނު ވަޅުގަޑުގެ އެކުވެރިންނާއި އަދި صَالِحُ عَليهِ السلام ގެ ޤައުމުގެމީހުންނާއި

  13. 13

    وَعَادٌ وَفِرْعَوْنُ وَإِخْوَٰنُ لُوطٍ

    Wa-ʻAaduñw Wa-Firʻawnu wa-ʹIkhwaanu Looṭ

    އަދި عَاد ބާގައިގެ މީހުންނާއި އަދި فِرْعَوْن އާއި އަދި لُوط ގެފާނުންގެ أَخُ ންވެސް (ރަސޫލުން ދޮގުކުރިއެވެ.)

  14. 14

    وَأَصْحَـٰبُ ٱلْأَيْكَةِ وَقَوْمُ تُبَّعٍ ۚ كُلٌّ كَذَّبَ ٱلرُّسُلَ فَحَقَّ وَعِيدِ

    Wa-ʹAṣḥaabul ʹaykati wa-Q̣awmu Tubbaʻ; kulluñ kaẓẓabar rusula faḥaq̣q̣a Waʻeed.

    އަދި أيكة އެވެކިއުނު ރަށުގެމީހުންނާއި (އެއީ شُعَيْبُ عَليهِ السلام ފޮނުއްވުނު ޤައުމެކެވެ.) އަދި تبّع ގެ މީހުންނާއި މިހުރިހާމީހުން ރަސޫލުން ދޮގުކުރީ އެވެ. ދެން ފަހެ އެމީހުންނަށް ކޯފާއާއި ބިރުވެރިކަމުގެ ބަސްފުޅު حَقُّ ވީއެވެ. ދަންނައެވެ. تُبَّعُ އަކީ يَمَنُ ކަރައިގެ قَبِيْلَة އެކެވެ.

  15. 15

    أَفَعَيِينَا بِٱلْخَلْقِ ٱلْأَوَّلِ ۚ بَلْ هُمْ فِى لَبْسٍ مِّنْ خَلْقٍ جَدِيدٍ

    ʹAfaʻayeenaa bilkhalq̣il ʹawwal: bal hum fee labsim min khalq̣iñ jadeed?

    އަޅެފަހެ ފުރަތަމަ ހެއްދެވުމަށް ތިމަންރަސްކަލާނގެ ވަރުބަލިވީހެއްޔެވެ؟ ނުވަތަ ނުކުޅެދިވޮޑިގެން ނެވީ ހެއްޔެވެ؟ އަދި ކިއެއްހެއްޔެވެ؟ އެހެންނޫނެވެ. އެމީހުން އެވަނީ ދެވަނަފަހަރަށް ހެއްދެވުމާއިމެދު އޮޅުމެއްގެ ތެރޭގައެވެ.

  16. 16

    وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ وَنَعْلَمُ مَا تُوَسْوِسُ بِهِۦ نَفْسُهُۥ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ ٱلْوَرِيدِ

    Wa-laq̣ad khalaq̣nal ʹiñsaana Wanaʻlamu maa- tuwaswisu bihee nafsuh: wa-Naḥnu ʹaq̣rabu ʹilayhi min ḥablil wareed.

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެ ދެނެވޮޑިގެން ވަމެވެ. އޭނާގެ ނަފުސުގެތެރެއަށް ވަދެނުކުމެވާ އެންމެހައި ޚިޔާލުތަކާއި ކަންތައްތަކެއް އަދި ތިމަންރަސްކަލާނގެ އޭނާގެ ކަނދުރާގައިވާ ނާރަށްވުރެވެސް އޭނާޔާއި ގާތްވެގެންވެއެވެ.

  17. 17

    إِذْ يَتَلَقَّى ٱلْمُتَلَقِّيَانِ عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ قَعِيدٌ

    ʹIẓ yatalaq̣q̣al mutalaq̣q̣iyaani ʻanil yameeni wa-ʻanish shimaali q̣aʻeed.

    ދެމަލާއިކަތްބޭކަލުން އޭނާޔާއި ބައްދަލުކުރާހިނދު (ހަނދުމަފުޅު ކުރައްވާށެވެ.) އެދެބޭކަލުން އޭނާގެ ކަނާތްފަރާތާއި ވައަތްފަރާތުން އިށީދެވަޑައިގެން / އިންތިޒާރުގައި ތިއްބަވާނެއެވެ.

  18. 18

    مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ

    Maa- yalfiz̤̣u miñ q̣awlin ʹillaa ladayhi raq̣eebun ʻateed.

    އޭނާބުނާ ބަހުގެތެރެއިން އެއް لَفْظُ އެއްވެސް رَقِيبٌ އާއި عَتِيد އެވެ ކިއުނު ދެމަލާއިކަތްބޭކަލުން ނުލިއުއްވައިދޫނުކުރައްވައެވެ.

  19. 19

    وَجَآءَتْ سَكْرَةُ ٱلْمَوْتِ بِٱلْحَقِّ ۖ ذَٰلِكَ مَا كُنتَ مِنْهُ تَحِيدُ

    Wa-jaaaʹat sakratul mawṭi bilḥaq̣q̣: ẓaalika maa- kuñta minhu taḥeed!

    އަދި މަރުގެ އުދަގޫތައް (މަރުގެ ސަކަރާތް) އޭނާއަށް ހަމަ حَقُّ ގޮތުގައި އަންނަހުއްޓެވެ. (އޭނާއަށް އެންގެވޭނެއެވެ.) އެއީ (އެމަރަކީ) ކަލޭ އެޔާއިދުރަށް ދިޔައެއްޗެވެ.

  20. 20

    وَنُفِخَ فِى ٱلصُّورِ ۚ ذَٰلِكَ يَوْمُ ٱلْوَعِيدِ

    Wa-nufikha fiṣ Ṣoor: ẓaalika Yawmul Waʻeed.

    އަދި ތާޅަފިފުމެލެވިއްޖެއްޔާއި ދެން އެއީ وَعِيْدُ ގެ ދުވަހެވެ. (ކޯފާއާއި عَذَابُ ގެ ދުވަހެވެ.)

  21. 21

    وَجَآءَتْ كُلُّ نَفْسٍ مَّعَهَا سَآئِقٌ وَشَهِيدٌ

    Wa-jaaaʹat kullu nafsim maʻahaa saaaʹiq̣uñw washaheed.

    އަދި ކޮންމެ ނަފުސެއް އަންނައިރު އެނަފުސަކާއި އެކު އޭނާ مَحْشَرُ އަށް ގެންދާނެ ބޭކަލަކާއި ހެކިދެއްވާނޭ ބޭކަލަކާއި ވާހުއްޓެވެ.

  22. 22

    لَّقَدْ كُنتَ فِى غَفْلَةٍ مِّنْ هَـٰذَا فَكَشَفْنَا عَنكَ غِطَآءَكَ فَبَصَرُكَ ٱلْيَوْمَ حَدِيدٌ

    Laq̣ad kuñta fee g̣aflatim min haaẓaa fakashafnaa ʻañka g̣iṭaaaʹaka fabaṣarukal Yawma ḥadeed!

    (އޭ އިންސާނާއެވެ.) ހަމަކަށަވަރުން ކަލޭ ދުނިޔޭގައި އުޅުނުއިރު މިކަމާއިމެދު އެބަހީ مَحْشَرُ ކުރެއްވުމާއި މެދު غَافِلُ ވެގެން ވީމުއެވެ. ދެންފަހެ ތިމަންރަސްކަލާނގެ ކަލޭނިވައި ކޮށްފައިވާ ހުރަސް ނަންގަވާ ކަޝްފު ކުރެއްވީމެވެ. ފަހެމިއަދު ކަލޭގެ ދެލޯ ތޫނެވެ. (ހުރިހާ އެއްޗެއް ސާފުކޮށް ފެންނާނެއެވެ.)

  23. 23

    وَقَالَ قَرِينُهُۥ هَـٰذَا مَا لَدَىَّ عَتِيدٌ

    Wa-q̣aala Q̣areenuhoo haaẓaa maa- ladayya ʻateed!

    އަދި އޭނާގެ قَرِيْنُ (އޭނާޔާއި ހަވާލުވެފައިވާ މަލާއިކަތާ) ވިދާޅުވާނެއެވެ. މިއީ މިއަޅާއާއި އެކުވާތަކެއްޗެވެ. (އެއީ އެއިންސާނާއާއި އޭނާގެ ޢަމަލުގެފަތެވެ.) حَاضِرُ ވެގެންމިވަނީއެވެ.

  24. 24

    أَلْقِيَا فِى جَهَنَّمَ كُلَّ كَفَّارٍ عَنِيدٍ

    ʹAlq̣iyaa fee Jahannama kulla kaffaarin ʻaneed,

    (އެ ދެމަލާއިކަތްބޭކަލުންނަށް އަންގަވާނެއެވެ.) ކާފަރުވުންބޮޑު ނުކިޔަމަންތެރި / އަނިޔާވެރި ކޮންމެ މީހެއް ނަރަކައަށް އެއްލައިލާށެވެ.

  25. 25

    مَّنَّاعٍ لِّلْخَيْرِ مُعْتَدٍ مُّرِيبٍ

    Mannaaʻil lilkhayri muʻtadim mureeb;

    ހެޔޮކަންތައްމަނާކުރުންބޮޑު އެއްކައުވަންތަކަން ޤަބޫލު ނުކުރާ حَقُّ ކަންކަމަށް ޝައްކު ކުރާ ކޮންމެމީހެކެވެ. ނަރަކައަށް އެއްލައިލާށެވެ.

  26. 26

    ٱلَّذِى جَعَلَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَأَلْقِيَاهُ فِى ٱلْعَذَابِ ٱلشَّدِيدِ

    ʹAllaẓee jaʻala maʻal laahi ʹilaahan ʹaakhara faʹalq̣iyaahu fil ʻAẓaabish shadeed.

    އޭނާ الله އާއި އެކު އެހެން އިލާހެއް ލައި ހަމަޖައްސާ ޝަރީކު ކުރީއެވެ. އެހެންވެ ތިޔައިގެ ދެމަލާއިކަތުން އޭނާ ގަދަވެގެންވާ ޢަޒާބަށް އެއްލައިލާށެވެ.

  27. 27

    ۞ قَالَ قَرِينُهُۥ رَبَّنَا مَآ أَطْغَيْتُهُۥ وَلَـٰكِن كَانَ فِى ضَلَـٰلٍۭ بَعِيدٍ

    Q̣aala Q̣areenuhoo Rabbanaa maaa ʹaṭg̣aytuhoo wa-laakiñ kaana fee ḍalaalim baʻeed.

    އޭނާގެ قَرِيْنُ އެބަހީ (އޭނާޔާއި ގުޅިފައިވާ شَيْطَانُ އާ) ދަންނަވާނެއެވެ. އޭއަޅަމެންގެ رَبُّ އެވެ. މިއަޅާ އޭނާ މަގު ނުފުރައްދަމެވެ. އަދިއެހެންނަމަވެސް އޭނާވީ ދުރުވެގެންވާ މަގުފުރެދުމެއްގައެވެ.

  28. 28

    قَالَ لَا تَخْتَصِمُوا۟ لَدَىَّ وَقَدْ قَدَّمْتُ إِلَيْكُم بِٱلْوَعِيدِ

    Q̣aala laa- takhtaṣimoo ladayya wa-q̣ad q̣addamtu ʹilaykum̃ bilwaʻeed.

    ކަލޭމެން ތިމަންރަސްކަލާނގެ حَضْرَةُ ގައި އަރައިރުން ނުވާށެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ކަލޭމެނަށް އިސްވެ ނިންމަވާފަ އިވަނީ وَعِيْدُ އެވެ. އެބަހީ ކޯފާއާއި عَذَابُ އެވެ.

  29. 29

    مَا يُبَدَّلُ ٱلْقَوْلُ لَدَىَّ وَمَآ أَنَا۠ بِظَلَّـٰمٍ لِّلْعَبِيدِ

    Maa- yubaddalul Q̣awlu ladayya wa-maaa ʹana biz̤̣al-laamil lilʻAbeed.

    ތިމަންރަސްކަލާނގެ حَضْرَةُ ގައި ބަސްބަދަލު ނުވެވޭހުއްޓެވެ. އަދި ތިމަން ރަސްކަލާނގެއީ އަޅުތަކުންނަށް އަނިޔާ ކުރައްވާ ކަލަކު ކަމުގައި ނުވެއެވެ

  30. 30

    يَوْمَ نَقُولُ لِجَهَنَّمَ هَلِ ٱمْتَلَأْتِ وَتَقُولُ هَلْ مِن مَّزِيدٍ

    Yawma naq̣oolu li-Jahannama halim talaʹti wa-taq̣oolu hal mim mazeed?

    ނަރަކައަށް ތިމަން ރަސްކަލާނގެ وَحِي ކުރައްވާ ދުވަސް (ހަނދުމަފުޅު ކުރައްވާށެވެ.) وَحِي ކުރައްވާ ހުށީމެވެ. ތިބާ ފުރިއްޖެ ހެއްޔެވެ؟ އަދި އޭތި ދަންނަވާނެއެވެ. އަދި އިތުރަށް ވޭތޯއެވެ؟ (އިތުރަށް ހުރިއްޔާ އިތުރަށްވެސް ދެއްވާށެވެ.)

  31. 31

    وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ

    Wa-ʹuzlifatil Jannatu lil-Muttaq̣eena g̣ayra baʻeed.

    އަދި تَقْوَى ވެރިންނަށް ޓަކައި ދުރުނޫން ހިސާބަކަށް ސުވަރުގެ ގާތްކުރެވޭ ހުއްޓެވެ.

  32. 32

    هَـٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٍ

    Haaẓaa maa- tooʻadoona likulli ʹawwaabin ḥafeez̤̣,―

    (އަދި އެންގެވޭނެއެވެ.) މިއީ ﷲ ގެ حَضْرَةُ އަށް تَوْبَة ވެ رُجُوع ވާ ކޮންމެ އަޅަކަށް وَعْدُ ވެވިފައިވާ ތަނެވެ. އަދި އެމީހަކު ﷲ ގެ އަމުފުޅުތަކަށް ރައްކާތެރިވެ ފާފަތަކާއި ދުރުވެގެންވާ ކޮންމެމީހެކެވެ.

  33. 33

    مَّنْ خَشِىَ ٱلرَّحْمَـٰنَ بِٱلْغَيْبِ وَجَآءَ بِقَلْبٍ مُّنِيبٍ

    Man khashiyar Raḥmaana bilg̣aybi wa-jaaaʹa biq̣albim muneeb:

    އަދިއެމީހަކު غَيْبُ ގައި ވޮޑިގެންވާ رَحْمنُ ވަންތަ ކަލާނގެއްށް ބިރުވެތި ވެ އަދި ސަލާމަތްވެގެންވާ ހިތަކާއިގެން އެމީހަކު ﷲ ގެ حَضْرَةُ އަށް އައި މީހުންނަށެވެ. (އެމީހުންނަށް އެންގެވޭނެއެވެ.)

  34. 34

    ٱدْخُلُوهَا بِسَلَـٰمٍ ۖ ذَٰلِكَ يَوْمُ ٱلْخُلُودِ

    ʹUdkhuloohaa bi-Salaam; ẓaalika Yawmul Khulood!

    އެމީހުންނަށް އެންގެވޭނެއެވެ.) ސަލާމަތްކަމާއި އެކު ކަލޭމެން އެސުވަރުގެއަށް ކަލޭމެން ވަންނާށެވެ. އަދިއެއީ މަރުވުމެއްނެތި ދެމި ތިބޭނޭ ދުވަހެވެ.

  35. 35

    لَهُم مَّا يَشَآءُونَ فِيهَا وَلَدَيْنَا مَزِيدٌ

    Lahum maa yashaaaʹoona feehaa wa-Ladaynaa mazeed.

    އެތާގައި އެމީހުން އެދޭހާ އެއްޗެއް އެމީހުންނަށް ހުންނަ ހުއްޓެވެ. އަދި ތިމަންރަސްކަލާނގެ حَضْرَةُ ގައި އިތުރަށްވެއެވެ. އިތުރު ނިޢުމަތަތައްވެއެވެ.

  36. 36

    وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَشَدُّ مِنْهُم بَطْشًا فَنَقَّبُوا۟ فِى ٱلْبِلَـٰدِ هَلْ مِن مَّحِيصٍ

    Wa-kam ʹahlaknaa q̣ablahum miñ q̣arnin hum ʹashaddu minhum baṭshañ fanaq̣q̣aboo fil bilaad? Hal mim maḥeeṣ?

    އަދި އެމީހުންގެ ކުރިން (މައްކާގެ މީހުންގެ ކުރިން) އުއްމަތްތަކުގެ ތެރެއިން ކިތައްކިތައް އުއްމަތް ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީން ހެއްޔެވެ؟ (އެބަހީ ވަރަށް ގިނައިން ހަލާކު ކުރެއްވީމެވެ.) އެމީހުން މިމީހުނަށްވުރެ ބާރުގެ ގޮތުން މާގަދަފަދައެވެ. ފަހެ އެމީހުން ރަށް ރަށަށްދަތުރު ފަތުރުކޮށް ހޯދާ ބެލިއެވެ. އެމީހުންނަށް ފަހެ (އެކަލާނގެ ޢަޒާބުން) ސަލާމަތްވާނެ ތަނެއްފެނުނުބާވައެވެ؟ (ނުފެންނާނެއެވެ.)

  37. 37

    إِنَّ فِى ذَٰلِكَ لَذِكْرَىٰ لِمَن كَانَ لَهُۥ قَلْبٌ أَوْ أَلْقَى ٱلسَّمْعَ وَهُوَ شَهِيدٌ

    ʹInna fee ẓaalika la-Ẓikraa limañ kaana lahoo q̣albun ʹaw ʹalq̣as samʻa wa-huwa shaheed.

    ހަމަކަށަވަރުން އެކަންކަމުގައި (ހެޔޮނުބައި ވަކިކުރަން އެގޭ) ހިތެއްވާ ކޮންމެ މީހަކަށް ނުވަތަ އޭނާ ހިތް حَاضِرُ ކޮށްގެންވާ ޙާލު ރަނގަޅަށް ކަނުލައި އަހައިފި ކޮންމެމެމީހަކަށް ކަނޑައެޅިގެން عِبْرَةُ އާއި وَعْظُ نَصِيْحَة ވެއެވެ.

  38. 38

    وَلَقَدْ خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ وَمَا مَسَّنَا مِن لُّغُوبٍ

    Wa-laq̣ad khalaq̣nas samaawaati wal-ʹarḍa wa-maa baynahumaa fee Sittati ʹAyyaam; wa-maa massanaa mil lug̣oob.

    އަދި ހަމަކަށަވަރުން އުޑުތަކާއިބިމާއި އަދި އެދެމެދުވާހާތަކެއްޗާއި ހަދުވަހެއްގެ ތެރޭގައި ތިމަންރަސްކަލާނގެ ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެއަށް އެއްވެސް ވަރުބަލިކަމެއް ނުޖެހެއެވެ.

  39. 39

    فَٱصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ ٱلشَّمْسِ وَقَبْلَ ٱلْغُرُوبِ

    Faṣbir ʻalaa maa- yaq̣ooloona wa-sabbiḥ bi-Ḥamdi Rabbika q̣abla ṭulooʻish shamsi wa-q̣ablal g̣uroob,―

    ފަހެ އެމީހުން އެބުނާ ބަސްތަކަށް ކަލޭގެފާނު ކެތްތެރިވެ ވަޑައި ގަންނަވާށެވެ. އަދި އިރު އެރުމުގެ ކުރިން ނާއި އަދި އިރު އޮއްސުމުގެ ކުރިން ކަލޭގެފާނުންގެ رَبُّ އަށް حَمْدُ ކުރުމާއި އެކު تَسْبِيْحَ ވިދާޅުވާށެވެ

  40. 40

    وَمِنَ ٱلَّيْلِ فَسَبِّحْهُ وَأَدْبَـٰرَ ٱلسُّجُودِ

    Wa-minal layli fasabbiḥhu wa-ʹadbaaras sujood.

    އަދި ރޭގަޑުގެ ވަގުތު ގައްޔާއި ސަޖިދަ ކުރެއްވުމުގެ ފަހުގައްޔާއި ވެސް އެކަލާނގެއަށް تَسْبِيْحَ ވިދާޅުވާށެވެ.

  41. 41

    وَٱسْتَمِعْ يَوْمَ يُنَادِ ٱلْمُنَادِ مِن مَّكَانٍ قَرِيبٍ

    Wastamiʻ Yawma yunaadil Munaadi mim makaaniñ q̣areeb,―

    އަދި ދާދި ގާތް ހިސާބަކުން ގޮވައިލައްވާ ކަލޭގެފާނު ގޮވައިލައްވާ ދުވަހުގެ އަޑު އައްސަވާށެވެ.

  42. 42

    يَوْمَ يَسْمَعُونَ ٱلصَّيْحَةَ بِٱلْحَقِّ ۚ ذَٰلِكَ يَوْمُ ٱلْخُرُوجِ

    Yawma yasmaʻoonaṣ Ṣay-ḥata bilḥaq̣q̣: ẓaalika Yawmul Khurooj.

    حَقُّ ގޮތުގައި ތާޅަފިލީގެ އަޑު އެމީހުން އަހާދުވަސް އެއީ (ކަށްވަޅުތަކުން) ނުކުންނަ ދުވަހެވެ. (އެއީ قِيَامَة ދުވަހުން މީސްތަކުން مَحْشَرُ ގެ މައިދާނަށް ޖަމާކުރެއްވުމަށްޓަކައި إسْرَافِيْلُ ގެފާނުން ގޮވައި ލައްވާ ތާޅަފިލި ފުންމަވާ ލެއްވުމެވެ.

  43. 43

    إِنَّا نَحْنُ نُحْىِۦ وَنُمِيتُ وَإِلَيْنَا ٱلْمَصِيرُ

    ʹInnaa Naḥnu nuḥyee wa-numeetu wa-ʹilaynal Maṣeer!

    ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތަކެތި ދިރުއްވާ މަރުއްވަމެވެ. އަދި އެހުރިހާތަކެތި އެނބުރި އައުންވަނީ ހަމަ ތިމަންރަސްކަލާނގެ حَضْرَةُ އަށެވެ.

  44. 44

    يَوْمَ تَشَقَّقُ ٱلْأَرْضُ عَنْهُمْ سِرَاعًا ۚ ذَٰلِكَ حَشْرٌ عَلَيْنَا يَسِيرٌ

    Yawma tashaq̣q̣aq̣ul ʹarḍu ʻanhum siraaʻaa: ẓaalika ḥashrun ʻalaynaa yaseer.

    އެމީހުން ފިޔަވައި އަވަސްއަވަހަށް ބިންގަނޑު ފަޅަ ފަޅައިގެންދާދުވަސް (ހަނދުމަފުޅު ކުރައްވާށެވެ.) އެއީ މީސްތަކުން ކަށްވަޅު ތަކުން ނުކުމެގެން ގޮވާބޭކަލެއްގެ ގޮވުމަށް މީސްތަކުންދާނެއެވެ. އެއީ އެއްކުރެއްވު މަށެވެ. مَحْشَرُ ކުރެއްވުމަށެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދި ފަސޭހަކަމެކެވެ.

  45. 45

    نَّحْنُ أَعْلَمُ بِمَا يَقُولُونَ ۖ وَمَآ أَنتَ عَلَيْهِم بِجَبَّارٍ ۖ فَذَكِّرْ بِٱلْقُرْءَانِ مَن يَخَافُ وَعِيدِ

    Naḥnu ʹaʻlamu bimaa yaq̣ooloona wa-maaa ʹañta ʻalayhim̃ bijabbaar. Faẓakkir bil-Q̣urʹaani mañy yakhaafu Waʻeed!

    އެމީހުން އެބުނާތަކެތި ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. (އެބަހީ މަރުވުމަށްފަހު އަލުންދިރުއްވުމާއި مَحْشَرُ ކުރެއްވުމާއި ހިސާބު ބެއްލެވުމާއި ދެންވެސް އެބާވަތުގެ ކަންތައްދޮގު ކުރާމީހުން އެބުނާ ތަކެތި ތިމަން ރަސްކަލާނގެ އައްސަވާވޮޑިގެންވެއެވެ. އަދި ކަލޭގެފާނު އެމީހުންގެމައްޗަށް ގަދަހައްދަވާ ހަރުކަށި ބޭކަލަކު ކަމުގައި ވެވަޑައި ނުގަންނަވައެވެ. (ކަލޭގެފާނަށް އޮތީ ހަމަ އިއްވައިދިނުމެވެ.) ފަހެ ތިމަންރަސްކަލާނގެ وَعِيد އަށް (ކޯފާއަށް) ބިރުވެތިވާ މީހަކަށް قُرْآنُ ން وَعْظُ نَصِيْحَة ދެއްވާށެވެ.