Surah Al-HijrBegins here at 15:1
-
15:1
الٓر ۚ تِلْكَ ءَايَـٰتُ ٱلْكِتَـٰبِ وَقُرْءَانٍ مُّبِينٍ
ʹAlif-Laaam-Raa. Tilka ʹAayaatul Kitaabi wa-Q̣urʹaanim Mubeen.
ބައެއް ސޫރަތް ފެށޭތާނގައިވާ الر ފަދަ ވަކިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. އެއީ إلهى ސިއްރުތަކެކެވެ. ދަންނަބޭކަލުން ފައުޅުކޮށްފައިވަނީ خيال ތަކެކެވެ.\nމިއީ ފޮތުގެ އާޔަތްތަކެވެ. (މިތާ މިވާ ފޮތުގެ މުރާދަކީ قرآن ގެ ކުރިން ބާވައިލައްވާފައިވާ توراة، إنجيل ފަދަ ފޮތްފޮތްކަމުގައި ބައެއް مفسّر ން ވިދާޅުވިއެވެ. އޭގެތެރޭގައި أبوجعفر الطبري ވެއެވެ. އަދި އެއީ ހަމަ ސީދާ قرآن ކަމުގައި ވިދާޅުވާ ބޭކަލުންވެއެވެ. އޭގެތެރޭގައި إلإمام الشوكانى ވެއެވެ.) އަދި މިއީ ތެދުމަގާއި هداية ބަޔާންކޮށްދޭ قرآن އެވެ.
-
15:2
رُّبَمَا يَوَدُّ ٱلَّذِينَ كَفَرُوا۟ لَوْ كَانُوا۟ مُسْلِمِينَ
Rubamaa yawaddul laẓeena kafaroo law kaanoo Muslimeen.
ކާފަރުވީ މީސްތަކުންވެސް އެމީހުން مسلم ން ކަމުގައި ވުމަށް ލޯބިކުރެއެވެ. • ދަންނައެވެ! قيامة ދުވަހުން - قبلة ގެ أهل ވެރިންނަށް ކުރެވިފައިވާ ބައެއް ކުށުގެ ސަބަބުން ނަރަކައަށް ވެއްދެވީމާ ނަރަކައިގައި ތިބި ކާފަރުން އެމީހުންނާ ދިމާކޮށް إسلام ވުމުން ވީފައިދާއަކީ ކޮބައިތޯ އަހައި ދިމާކުރުމުން ﷲ تعالى އެ إسلام ން ނަރަކައިން ނެރުއްވާ ވަގުތު ކާފަރުންވެސް مسلم ންކަމުގައި ވީނަމަ ރަނގަޅޭ ހިތަށް އަރާނެއެވެ. އިސްވެދިޔަ އާޔަތުން އެ އިޝާރާތްވަނި އެކަމަށެވެ. والله أعلم.
-
15:3
ذَرْهُمْ يَأْكُلُوا۟ وَيَتَمَتَّعُوا۟ وَيُلْهِهِمُ ٱلْأَمَلُ ۖ فَسَوْفَ يَعْلَمُونَ
Ẓarhum yaʹkuloo wa-yatamattaʻoo wa-yulhihimul ʹamalu fasawfa yaʻlamoon.
(އޭ رسول ﷲ އެވެ!) އެ مشرك ންގެމީހުން ކައިބޮއިހަދާ މަޖާނަގައި އަދި އެމީހުންގެ أمّيد ތަކާއި އަދި خيال ތައް ކުރުމަށް ކަލޭގެފާނު އެމީހުން ދޫކޮށްލައްވާށެވެ! ނިކަންހުރެ އެކަމުގެ (ނަތީޖާ) އެމީހުންނަށް އެނގިދާނެއެވެ.
-
15:4
وَمَآ أَهْلَكْنَا مِن قَرْيَةٍ إِلَّا وَلَهَا كِتَابٌ مَّعْلُومٌ
Wa-maaa ʹahlaknaa miñ q̣aryatin ʹillaa wa-lahaa kitaabum maʻloom.
އަދި ތިމަންރަސްކަލާނގެ ހަލާކު ކުރެއްވި އެއްވެސް أمّة އެއް އެ أمّة އެއް ހަލާކު ކުރެއްވުމަށް ކަނޑައެޅި عَيّن ވެގެންވާ ވަކި ވަގުތެއް ލައްވާފައިމެނުވީ ނުވެއެވެ. (އެބަހީ: ކޮންމެ أمّة އެއް ހަލާކު ކުރެއްވުމަށްވެސް ތިމަންރަސްކަލާނގެ ވަގުތެއް ކަނޑައެޅުއްވީމެވެ.)
-
15:5
مَّا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَـْٔخِرُونَ
Maa- tasbiq̣u min ʹummatin ʹAjalahaa wa-maa yastaʹkhiroon.
އަދި އެއްވެސް أمّة އެއް އެ أمّة އަކަށް ކަނޑައެޅިފައިވާ ވަގުތަށްވުރެ އިސްނުވެއެވެ. އަދި ފަސްވެސް ނުވެއެވެ.
-
15:6
وَقَالُوا۟ يَـٰٓأَيُّهَا ٱلَّذِى نُزِّلَ عَلَيْهِ ٱلذِّكْرُ إِنَّكَ لَمَجْنُونٌ
Wa-q̣aaloo yaaaʹayyuhal laẓee nuzzila ʻalayhiẓ Ẓikru ʹinnaka lamajnoon.
އަދި مكّة ގެ مشرك ން (رسول ﷲ ﷺ އަށް) ދެންނެވިއެވެ. އޭ قرآن އެބޭކަލެއްގެ މައްޗަށް ބާވައިލެއްވި ކަލޭގެފާނެވެ! ހަމަކަށަވަރުން ކަލޭގެފާނަކީ މޮޔައެކެވެ. مَجْنُون އެކެވެ.
-
15:7
لَّوْ مَا تَأْتِينَا بِٱلْمَلَـٰٓئِكَةِ إِن كُنتَ مِنَ ٱلصَّـٰدِقِينَ
Law maa- taʹteenaa bil-malaaaʹikati ʹiñ kuñta minaṣ Ṣaadiq̣een?
ކަލޭގެފާނު އަހުރެމެންގެގާތަށް މަލާއިކަތްބޭކަލަކާ އެކު ވަޑައިގެންނެވިނަމައެވެ. (ނުވަތަ ކަލޭގެފާނުންގެ رسول ކަން ތެދުކަމުގެ މައްޗަށް دليل އެއްގެގޮތުން ملائكة އާ ނުގެންނެވީ ކީއްވެތޯއެވެ؟) ކަލޭގެފާނު ތިޔައީ ތެދުވެރިއެއްކަމުގައިވަންޏާ އެހެން ނުހެއްދެވީ ކީއްވެތޯއެވެ؟
-
15:8
مَا نُنَزِّلُ ٱلْمَلَـٰٓئِكَةَ إِلَّا بِٱلْحَقِّ وَمَا كَانُوٓا۟ إِذًا مُّنظَرِينَ
Maa- nunazzilul malaaaʹikata bil-Ḥaq̣q̣i illaa wa-maa kaanooo ʹiẓam muñz̤̣areen!
(އޭގެ جواب ގައި ﷲ އެ އަންގަވަނީ) حقّ ގޮތުގައިމެނުވީ ތިމަންރަސްކަލާނގެ ملائكة އާ ނުފޮނުއްވަމެވެ. ދެން ملائكة އާ ފޮނުއްވައިފިއްޔާ ދެން އެބަޔަކަށް ތަންވަޅެއް ނުވާނެއެވެ. (ހަލާކުވެ ނިމިދާނެއެވެ.)
-
15:9
إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَـٰفِظُونَ
ʹInnaa Naḥnu nazzalnaẓ Ẓikra wa-ʹinnaa lahoo la-Ḥaafiz̤̣oon.
ހަމަކަށަވަރުން قرآن ބާވައިލެއްވީ ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުންވެސް ތިމަންރަސްކަލާނގެ އެ قرآن ރައްކާތެރިކުރައްވާހުށީމެވެ.
-
15:10
وَلَقَدْ أَرْسَلْنَا مِن قَبْلِكَ فِى شِيَعِ ٱلْأَوَّلِينَ
Wa-laq̣ad ʹarsalnaa miñ q̣ablika fee shiyaʻil ʹawwaleen:
(އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނުންގެ ކުރީ أمّة ތަކަށްވެސް ތިމަންރަސްކަލާނގެ رسول ބޭކަލުން ފޮނުއްވީމެވެ.
-
15:11
وَمَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ
Wa-maa yaʹteehim mir rasoolin ʹillaa kaanoo bihee yastahziʹoon.
އަދި އެއިން އެއްވެސް أمّة އަކަށް رسول ބޭކަލަކު ވަޑައިގެންފިއްޔާ އެމީހުން އެބޭކަލަކަށް މަލާމާތްކޮށް ގޮއްވާހަދާފައި މެނުވީ ނުވެއެވެ. (އެބަހީ: ކޮންމެ ބޭކަލަކާމެދުވެސް އެ أمّة ތަކުގެ ބަޔަކު މަލާމާތްކޮށް ހަދައެވެ.)
-
15:12
كَذَٰلِكَ نَسْلُكُهُۥ فِى قُلُوبِ ٱلْمُجْرِمِينَ
Kaẓaalika naslukuhoo fee q̣uloobil mujrimeen―
مجرم ންގެ ހިތްތަކުގައި (ނުބައިނުލަފާ މީހުންގެ ހިތްތަކުގައި) ތިމަންރަސްކަލާނގެ (މަގުފުރެދުން) ލައްވަނީ އެފަދައިންނެވެ.
-
15:13
لَا يُؤْمِنُونَ بِهِۦ ۖ وَقَدْ خَلَتْ سُنَّةُ ٱلْأَوَّلِينَ
Laa- yuʹminoona bihee wa-q̣ad khalat sunnatul ʹawwaleen.
އެމީހުން އެ قرآن ތެދު ނުކުރެއެވެ. އެފޮތަށް އީމާން ނުވެއެވެ. އަދި ހަމަކަށަވަރުން އެފަދަ މީސްތަކުން އިސްވެދިޔަ أمّة ތަކުގައި އިސްވެހިނގައްޖެއެވެ.
-
15:14
وَلَوْ فَتَحْنَا عَلَيْهِم بَابًا مِّنَ ٱلسَّمَآءِ فَظَلُّوا۟ فِيهِ يَعْرُجُونَ
Wa-law fataḥnaa ʻalayhim baabam minas samaaaʹi faz̤̣alloo feehi yaʻrujoon.
އަދި ތިމަންރަސްކަލާނގެ އެމީހުންނަށް އުޑުން ދޮރެއް ހުޅުއްވައިލައްވައިފި ނަމަ އަދި އެދޮރުން އެމީހުން މައްޗަށް އަރާކަމުގައިވެފައި އެމީހުން އެތަން ދުއްނަމަވެސް އެމީހުން ބުނާނެއެވެ.
-
15:15
لَقَالُوٓا۟ إِنَّمَا سُكِّرَتْ أَبْصَـٰرُنَا بَلْ نَحْنُ قَوْمٌ مَّسْحُورُونَ
Laq̣aalooo ʹinnamaa sukkirat ʹabṣaarunaa bal naḥnu q̣awmum masḥooroon.
"އަހުރެމެންގެ ލޯތައް މިވަނީ ފެނުން ނުބައިވެ މަސްތުވެފައެވެ. އަދި ކިއެއްހެއްޔެވެ؟ އަހުރެމެންނަކީ سِحْرُ ޖެހިފައިވާ ބައެކެވެ. (މިފެންނަ ފެނުމަކީ حقّ އެއްނޫނެވެ.) "
-
15:16
وَلَقَدْ جَعَلْنَا فِى ٱلسَّمَآءِ بُرُوجًا وَزَيَّنَّـٰهَا لِلنَّـٰظِرِينَ
Wa-laq̣ad jaʻalnaa fis samaaaʹi Buroojañw Wazayyannaahaa linnaaz̤̣ireen;
އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އުޑުގައި بُرُجُ ތަކެއްލެއްވީމެވެ. (އެއީ އިރުހަނދާއި ތަރިތައް އަރާއޮއްސުމަށާއި އެތަކެތި ދަތުރުކުރުމަށްވާ މަންޒިލްތަކެވެ. ދަނޑިތަކެވެ.) އަދި ބަލާމީހުންނަށް ރީތިވާގޮތަށް އެއުޑު ތިމަންރަސްކަލާނގެ ޒީނަތްތެރިކުރެއްވީމެވެ.
-
15:17
وَحَفِظْنَـٰهَا مِن كُلِّ شَيْطَـٰنٍ رَّجِيمٍ
Wa-hafiz̤̣naahaa miñ kulli Shayṭaanir rajeem:
އަދި رحمة ން ބޭރުކުރެވި لعنة ލެއްވިފައިވާ ކޮންމެ شيطان އެއްގެފަރާތުން ތިމަންރަސްކަލާނގެ އެއުޑު ސަލާމަތްކުރެއްވީމެވެ.
-
15:18
إِلَّا مَنِ ٱسْتَرَقَ ٱلسَّمْعَ فَأَتْبَعَهُۥ شِهَابٌ مُّبِينٌ
ʹIllaa manis taraq̣as samʻa faʹatbaʻahoo shihaabum mubeen.
އެހުމުން ވައްކަންކުރި شيطان އެއްމެނުވީއެވެ. ފަހެ އެފަދަ شيطان އަކާއި ދިމާއަށް އޭގެއަސަރު ނުފިލާވަރުގެ އަސަރުގަދަ ގިނިހިލައެއް ފޮނުއްވައިލައްވަމެވެ. (އޭތީގެ ގައިގާ ގިނިހިލައިން ޖަހާ އެސޮރު ހަލާކުކޮށްލައްވައެވެ.)
-
15:19
وَٱلْأَرْضَ مَدَدْنَـٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ شَىْءٍ مَّوْزُونٍ
Wal-ʹarḍa madadnaahaa wa-ʹalq̣aynaa feehaa rawaasiya wa-ʹambatnaa feehaa miñ kulli shayʹim mawzoon.
އަދި ބިންގަނޑު (ދަންނައެވެ!) ތިމަންރަސްކަލާނގެ އެބިންގަނޑު ދައްމަވާ ފެތުރުއްވީމެވެ. އަދި އެބިންގަނޑުގައި ތިމަންރަސްކަލާނގެ ފަރުބަދަތައް ޖައްސަވައި ހަރުކުރެއްވީމެވެ. އަދި އެބިންގަނޑުގައި ކޮންމެއެއްޗެއް ކަނޑައެޅި عَيَّن ވެގެންވާ ވަކި މިންވަރަކަށް ވަކި قواعد އަކުން ލެއްވީމެވެ.
-
15:20
وَجَعَلْنَا لَكُمْ فِيهَا مَعَـٰيِشَ وَمَن لَّسْتُمْ لَهُۥ بِرَٰزِقِينَ
Wa-jaʻalnaa lakum feehaa maʻaayisha wa-mal lastum lahoo biraaziq̣een.
އަދި ތިމަންރަސްކަލާނގެ އެބިމުގައި ކަލޭމެންގެ ދިރިއުޅުން ލެއްވީމެވެ. އަދި އެމީހުންނާ އެތަކެއްޗަށް ކަލޭމެން ރިޒުގުދޭން ނުޖެހޭތަކެތީގެ އަދި މީހުންގެ ދިރިއުޅުންވެސް އެތާނގައި ލެއްވީމެވެ. (އެއީ އެންމެހައި ތަކެތީގެ ދިރިއުޅުން އެތާ ލެއްވި ވާހަކައެވެ.) والله أعلم.
-
15:21
وَإِن مِّن شَىْءٍ إِلَّا عِندَنَا خَزَآئِنُهُۥ وَمَا نُنَزِّلُهُۥٓ إِلَّا بِقَدَرٍ مَّعْلُومٍ
Wa-ʹim miñ shayʹin ʹillaa ʻiñdanaa khazaaaʹinuh; wa-maa nunazziluhooo ʹillaa biq̣adarim maʻloom.
އަދި އެއްވެސްއެއްޗެއް އެއެއްޗެއްގެ خزانة ތިމަންރަސްކަލާނގެ حضرة ގައިވާ މެނުވީ ނުވެއެވެ. އެބަހީ: ކޮންމެ އެއްޗެއްގެ خزانة ވެސް ތިމަންރަސްކަލާނގެ حضرة ގައިވެއެވެ. އަދި ކަނޑައެޅި އެނގިގެންވާ މިންވަރަކަށްމެނުވީ ތިމަންރަސްކަލާނގެ އެތަކެތި ބާވައިނުލައްވަމެވެ. (ވާރޭވެސް ހަމައެފަދައެވެ.)
-
15:22
وَأَرْسَلْنَا ٱلرِّيَـٰحَ لَوَٰقِحَ فَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً فَأَسْقَيْنَـٰكُمُوهُ وَمَآ أَنتُمْ لَهُۥ بِخَـٰزِنِينَ
Wa-ʹarsalnar riyaaḥa lawaaq̣iḥa faʹañzalnaa minas samaaaʹi maaaʹañ faʹasq̣aynaakumooh: wa-maaa ʹañtum lahoo bikhaazineen.
އަދި ވިލާގަނޑުގެ ފެނާއި ގަސްގަހުގެ މޭވާ تَلْقِيْحُ ކޮށް ފައްކާކުރާ ވައި ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. ދެން ތިމަންރަސްކަލާނގެ އުޑުން (މަތިން) ވާރޭފެން ބާވައިލައްވަމެވެ. ދެން އެފެން ތިމަންރަސްކަލާނގެ ކަލޭމެނަށް ބޯންދެއްވަމެވެ. އަދި އެފެން ބިމުގައި خزانة ކޮށް ޖަމާކުރެވޭނެބަޔަކު ކަމުގައި ކަލޭމެން ނުވެއެވެ. ނުވަތަ އެވާރޭފެން އަޔަނުދީ ހިފެހެއްޓޭނެ ބަޔަކު ކަމުގައި ކަލޭމެން ނުވެއެވެ. މިދެތަރުޖަމާވެއެވެ.
-
15:23
وَإِنَّا لَنَحْنُ نُحْىِۦ وَنُمِيتُ وَنَحْنُ ٱلْوَٰرِثُونَ
Wa-ʹinnaa lanaḥnu nuḥyee wa-numeetu wa-naḥnul waaris̤oon.
އަދި ހަމަކަށަވަރުން ތަކެތި ދިރުއްވާ މަރުއްވަނީ ހަމަ ތިމަންރަސްކަލާނގެއެވެ. އަދި ހުރިހާތަކެތި ވާރުތަކުރައްވާނީ ހަމަ ތިމަންރަސްކަލާނގެއެވެ.
-
15:24
وَلَقَدْ عَلِمْنَا ٱلْمُسْتَقْدِمِينَ مِنكُمْ وَلَقَدْ عَلِمْنَا ٱلْمُسْتَـْٔخِرِينَ
Wa-laq̣ad ʻalimnal mustaq̣dimeena miñkum wa-laq̣ad ʻalimnal mustaʹkhireen.
އަދި ކަލޭމެން ކުރެން ކުރިން މަރުވެ ހަލާކުވެގެންދިޔަމީހުން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި ކަލޭމެންކުރެ ފަހުން އައިސް މަރުވާނެމީހުންވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.
-
15:25
وَإِنَّ رَبَّكَ هُوَ يَحْشُرُهُمْ ۚ إِنَّهُۥ حَكِيمٌ عَلِيمٌ
Wa-ʹinna Rabbaka Huwa yaḥshuruhum: ʹinnahoo Ḥakeemun ʻAleem.
(އޭ رسول ﷲ އެވެ!) އެހުރިހާ މީހުން قيامة ދުވަހުން އެއްކުރައްވާނީ، محشر ކުރައްވާނީ ހަމަ ކަލޭގެފާނުންގެ ربّ އެވެ. ހަމަކަށަވަރުން އެކަލާނގެއީ حكمة ވަންތަ އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
15:26
وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ مِن صَلْصَـٰلٍ مِّنْ حَمَإٍ مَّسْنُونٍ
Wa-laq̣ad khalaq̣nal ʹiñsaana miñ ṣalṣaalim min ḥamaʹim masnoon:
އަދި تَغَيَّرُ ވެ ނުބައިވަސްދުވާ ކަޅުމަށީގެތެރެއިން ޖަހައިލީމާ އެއިން އަޑުއިވޭ ހަރުމަށިން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. • ދަންނައެވެ! آدم عليه السّلام ހެއްދެވުނު މައްޓާ ބެހޭގޮތުން އައިސްފައިވާ لفظ ތައް ތަފާތުކޮށް އައިސްފައިވެއެވެ. تُرَابُ - طِيْن - حمإ مَسْنُوْن - صَلْصال - މި لفظ ތައް އައިސްފައިވަނީ އެކި ސޫރަތުގައެވެ. ދެންފަހެ މި لفظ ތައް ترجمة ކުރެއްވި ބޭކަލުންގެ ވާހަކަތަކުން އެނގެނީ تُرَاب (ނުވަތަވެލި) ފެނާއެކުވީމާ ކިޔަނީ طِيْن އެވެ. (އެއީ މަށްޓެވެ.) ދެން އެމަށި ގިނައިރުވެ މުޅަވެ ވަސްނުބައިވީމާ އެއީ، حَمإ مَسْنُون އެވެ. (ނުބައިވަސްދުވާ ކަޅުމަށި) ދެން އެހެންހުރެ ގިނައިރު ހުރެ ހަރުވެ ގަދަވީމާ އެއީ صَلْصال އެވެ. މިއީ އެކަލޭގެފާނު ހެއްދެވުނު މަށްޓަށް އައި އެކިއެކި ދައުރެވެ. والله أعلم = زُبْدَة التّفسير =
-
15:27
وَٱلْجَآنَّ خَلَقْنَـٰهُ مِن قَبْلُ مِن نَّارِ ٱلسَّمُومِ
Waljaaanna khalaq̣naahu miñ q̣ablu min naaris samoom.
އަދި އެކަލޭގެފާނުން ހެއްދެވުމުގެކުރިން ތިމަންރަސްކަލާނގެ ޖިންނީންގެ ބައްޕަ جَانُّ އަލިފާނުގެ ހޫނުވައިން ނުވަތަ އަލިފާނުގެ ސާފު ހުޅުގަނޑުން ހެއްދެވީމެވެ.
-
15:28
وَإِذْ قَالَ رَبُّكَ لِلْمَلَـٰٓئِكَةِ إِنِّى خَـٰلِقٌۢ بَشَرًا مِّن صَلْصَـٰلٍ مِّنْ حَمَإٍ مَّسْنُونٍ
Wa-ʹiẓ q̣aala Rabbuka lilmalaaaʹikati ʹinnee khaaliq̣um basharam miñ ṣalṣaalim min ḥamaʹim masnoon;
(އޭ رسول ﷲ އެވެ!) ملائكة ބޭކަލުންނަށް ކަލޭގެފާނުންގެ ربّ وحي ކުރެއްވި ހިނދު ހަނދުމަފުޅުކުރައްވާށެވެ! (އެކަލާނގެ وحي ކުރެއްވިއެވެ.) تَغَيَّر ވެ ވަސްނުބައިވެފައިވާ މަށީގެ ހަރުމަށިން ތިމަންރަސްކަލާނގެ އިންސާނަކު ހައްދަވާހުށީމެވެ.
-
15:29
فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَـٰجِدِينَ
Faʹiẓaa sawwaytuhoo wa-nafakhtu feehi mir Rooḥee faq̣aʻoo lahoo saajideen.
ދެންފަހެ ތިމަންރަސްކަލާނގެ އެއިންސާނާ ހައްދަވައި ފުރިހަމަކުރައްވައި އަދި ތިމަންރަސްކަލާނގެ رُوحُ ން އެއަށް ފުމެލައްވައި ފުރާނައަޅުއްވައިފިއްޔާ ތިޔަބޭކަލުން އެކަލޭގެފާނަށް سجدة ކުރުމަށް ތިރިވާށެވެ! (އޭނާޔަށް إحترام ކުރުމުގެގޮތުން سجدة ކުރާށެވެ!) ދެން އެކަލާނގެ އެކަލޭގެފާނު ހައްދަވާ ފުރިހަމަކުރެއްވުމުން.
-
15:30
فَسَجَدَ ٱلْمَلَـٰٓئِكَةُ كُلُّهُمْ أَجْمَعُونَ
Fasajadal malaaaʹikatu kulluhum ʹajmaʻoon.
ދެންފަހެ އެހުރިހާ ملائكة ބޭކަލުން އެކަލޭގެފާނަށް سجدة ކުރެއްވިއެވެ.
-
15:31
إِلَّآ إِبْلِيسَ أَبَىٰٓ أَن يَكُونَ مَعَ ٱلسَّـٰجِدِينَ
ʹIllaaa ʹIblees: ʹabaaa ʹañy yakoona maʻas Saajideen.
إبليس މެނުވީއެވެ. سجدة ކުރިމީހުންގެތެރޭވުމަށް އޭނާ މަނާވެގެންފިއެވެ. އެބަހީ: އޭނާ سجدة ނުކުރިއެވެ.
-
15:32
قَالَ يَـٰٓإِبْلِيسُ مَا لَكَ أَلَّا تَكُونَ مَعَ ٱلسَّـٰجِدِينَ
Q̣aala yaaaʹIbleesu maa- laka ʹallaa takoona maʻas Saajideen?
ﷲ تعالى وحي ކުރެއްވިއެވެ. "އޭ إبليس އެވެ! سجدة ކުރެއްވި ބޭކަލުންގެތެރެއިން ކަލޭ ނުވާންވީ ކީއްވެގެންހެއްޔެވެ؟ ކަލޭ سجدة ނުކުރާންވީ ކޮންކަމަކާހެދިހެއްޔެވެ؟"
-
15:33
قَالَ لَمْ أَكُن لِّأَسْجُدَ لِبَشَرٍ خَلَقْتَهُۥ مِن صَلْصَـٰلٍ مِّنْ حَمَإٍ مَّسْنُونٍ
Q̣aala lam ʹakul liʹasjuda libasharin khalaq̣tahoo miñ ṣalṣaalim min ḥamaʹim masnoon.
އޭނާ ދެންނެވިއެވެ. "މުޅަވެ ނުބައިވަސްދުވާ މަށީގެ މަށިގަނޑަކުން އިބަރަސްކަލާނގެ ހައްދަވާފައިވާ مخلوق އަކަށް سجدة ކުރާނެ މީހަކުކަމުގައި މިއަޅާ ނުވެއެވެ."
-
15:34
قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌ
Q̣aala fakhruj minhaa faʹinnaka rajeem.
އެކަލާނގެ وحي ކުރެއްވިއެވެ. "ފަހެ ކަލޭ އެސުވަރުގެއިން ނުކުންނާށެވެ! ހަމަކަށަވަރުން ކަލެއަކީ رَجِيْمُ އެވެ." އެބަހީ: رحمة ން ބޭރުވެ لعنة ލެއްވިގެންވާ شيطان އެވެ.
-
15:35
وَإِنَّ عَلَيْكَ ٱللَّعْنَةَ إِلَىٰ يَوْمِ ٱلدِّينِ
Wa-ʹinna ʻalaykal laʻnata ʹilaa Yawmid Deen.
"އަދި ހަމަކަށަވަރުން قيامة ދުވަހާއި ހަމައަށް ކަލެއަށް لعنة ލެއްވިގެންވެއެވެ."
-
15:36
قَالَ رَبِّ فَأَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ
Q̣aala Rabbi faʹañz̤̣irneee ʹilaa Yawmi yubʻas̤oon.
އެސޮރު ދެންނެވިއެވެ. "އޭއަޅުގެ ربّ އެވެ! ފަހެ މީސްތަކުން محشر އަށް ފޮނުވޭދުވަހާ ހަމައަށް މިއަޅާއަށް مُهْلَة ދެއްވާނދޭވެ!"
-
15:37
قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ
Q̣aala faʹinnaka minal muñz̤̣areen―
އެކަލާނގެ وحي ކުރެއްވިއެވެ. ހަމަކަށަވަރުން ކަލޭވަނީ مهلة ދެވިގެންވާ މީހުންގެތެރޭންނެވެ. އެހާ އަވަހަށް ކަލޭ މަރުނުވާނެއެވެ.
-
15:38
إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ
ʹIlaa Yawmil Waq̣til Maʻloom.
އެއީ ކަނޑައެޅި عيّن ވެގެންވާ ވަގުތާއި ހަމައަށެވެ. އެއީ قيامة ދުވަހާއި ހަމައަށެވެ.
-
15:39
قَالَ رَبِّ بِمَآ أَغْوَيْتَنِى لَأُزَيِّنَنَّ لَهُمْ فِى ٱلْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ
Q̣aala Rabbi bimaaa ʹag̣waytanee laʹuzayyinanna lahum fil ʹarḍi walaʹug̣wiyannahum ʹajmaʻeen,―
އޭނާ ދެންނެވިއެވެ. "އޭއަޅުގެ ربّ އެވެ! އިބަރަސްކަލާނގެ މިއަޅާ މަގުފުރައްދަވާ رحمة ން ދުރުކުރެއްވިކަމަށްޓަކައި ހަމަކަށަވަރުން އެމީހުންނަށް ބިމުގައި (އުރެދުންތައް) ޒީނަތްތެރިކޮށްދޭ ހުށީމެވެ. އަދި އެހުރިހާ މީހުން އެކުގައި އަހުރެން މަގުފުރައްދާލާހުށީމެވެ.
-
15:40
إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ
ʹIllaa ʻibaadaka minhumul Mukhlaṣeen.
އެމީހުންކުރެ އިބަރަސްކަލާނގެއަށް إخلاص ތެރި ތެދުވެރި އަޅުންމެނުވީއެވެ."
-
15:41
قَالَ هَـٰذَا صِرَٰطٌ عَلَىَّ مُسْتَقِيمٌ
Q̣aala haaẓaa Ṣiraaṭun ʻalayya Mustaq̣eem.
ﷲ وحي ކުރެއްވިއެވެ. "އެއީ ތިމަންރަސްކަލާނގެ މައްޗަށްވާ حقّ ސީދާމަގެވެ.
-
15:42
إِنَّ عِبَادِى لَيْسَ لَكَ عَلَيْهِمْ سُلْطَـٰنٌ إِلَّا مَنِ ٱتَّبَعَكَ مِنَ ٱلْغَاوِينَ
ʹInna ʻibaadee laysa laka ʻalayhim sulṭaanun ʹillaa manit tabaʻaka minal g̣aaween.
ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް إخلاص ތެރި ތެދުވެރި އަޅުންގެމައްޗަށް ކަލެއަށް އެއްވެސް ބާރެއް ނުވެއެވެ. ހަމައެކަނި حقّ މަގުންނެއްޓި މަގުފުރެދިގެންވާމީހުންކުރެ ކަލެޔާ تبع ވާ މީހެއްގެ މައްޗަށް މެނުވީ ކަލެއަށް ބާރެއް ނުވެއެވެ. (އެފަދަމީހުން ކަލެޔާ نبع ވާނެއެވެ.) "
-
15:43
وَإِنَّ جَهَنَّمَ لَمَوْعِدُهُمْ أَجْمَعِينَ
Wa-ʹinna Jahannama lamawʻiduhum ʹajmaʻeen!
އެހުރިހާމީހުންގެ مَوْعِدُ އަކީ އެމީހުންނަށް وَعْدُ ވެވިގެންވާ ތަނަކީ قيامة ދުވަހުން ހަމަ ނަރަކައެވެ.
-
15:44
لَهَا سَبْعَةُ أَبْوَٰبٍ لِّكُلِّ بَابٍ مِّنْهُمْ جُزْءٌ مَّقْسُومٌ
Lahaa sabʻatu ʹAbwaab: likulli Baabim minhum juzʹum maq̣soom.
އެނަރަކައަށް ހަތްދޮރުވެއެވެ. ހަތްބަތާނަވެއެވެ. އެއިން ކޮންމެ ބަތާނަޔަކަށް އެމީހުންކުރެ ބެހެވި ކަނޑައެޅިގެންވާ ބަޔަކުވެއެވެ. (އެއީ އެމީސްމީހުންގެ عمل ތަކާއި ފާފައިގެ ތަރުތީބުންނެވެ.)
-
15:45
إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍ وَعُيُونٍ
ʹInnal Muttaq̣eena fee Jannaatiñw Waʻuyoon.
ހަމަކަށަވަރުން تقوى ވެރި މާތްމީހުންނަށް قيامة ދުވަހުން ބަގީޗާތަކާއި އާރުތައްވެއެވެ. (ސުވަރުގެތަކާއި އެތަންތާނގައިވާ އެކިއެކި އާރުތަކެވެ.)
-
15:46
ٱدْخُلُوهَا بِسَلَـٰمٍ ءَامِنِينَ
ʹUdkhuloohaa bi-Salaamin ʹAamineen.
(އެދުވަހުން އެމީހުންނަށް އެންގެވޭނެއެވެ.) ސަލާމަތްކަމާއި އަމާންކަމާ އެކު ކަލޭމެން އެސުވަރުގެތަކަށް ވަންނާށެވެ!
-
15:47
وَنَزَعْنَا مَا فِى صُدُورِهِم مِّنْ غِلٍّ إِخْوَٰنًا عَلَىٰ سُرُرٍ مُّتَقَـٰبِلِينَ
Wanazaʻnaa maa- fee ṣudoorihim min g̣illin ʹikhwaanan ʻalaa sururim mutaq̣aabileen.
(އަދި ދުނިޔޭގައި އުޅުނުއިރު އޭގެތެރެއިން އެކަކުގެމައްޗަށް އަނެކެއްގެ ކިބައިގައިވާ) ރުޅިވެރިކަމާއި حسد ވެރިކަން އެމީހުންގެ ހިތްތަކުން ތިމަންރަސްކަލާނގެ ނަންގަވައި ދުރުކުރެއްވީމެވެ. އަދި އެނދުދާންކޮޅުތަކުގެ މަތީގައި އެއްބަޔަކު އަނެއްބަޔަކަށް ކުރިމަތިލައި އެމީހުން ތިބޭނީ أخ ން ކަމުގައިވާ حال ގައެވެ.
-
15:48
لَا يَمَسُّهُمْ فِيهَا نَصَبٌ وَمَا هُم مِّنْهَا بِمُخْرَجِينَ
Laa- yamassuhum feehaa naṣabuñw wamaa hum minhaa bimukhrajeen.
އެމީހުންނަށް އެސުވަރުގޭގައި އެއްވެސް ވަރުބަލިކަމެއް ނުޖެހޭނެއެވެ. އަދި އެމީހުންއެސުވަރުގެއިން ނުކުންނާނޭ ބަޔަކުކަމުގައި ނުވެއެވެ. (އަދި ކިއެއްހެއްޔެވެ؟ دائمى ގޮތެއްގައި އަބަދާއަބަދު އެމީހުން އެސުވަރުގޭގައި އެ نعمة ގައި ދެމިތިބޭހުއްޓެވެ.)
-
15:49
۞ نَبِّئْ عِبَادِىٓ أَنِّىٓ أَنَا ٱلْغَفُورُ ٱلرَّحِيمُ
Nabbiʹ ʻibaadeee ʹanneee ʹan al-G̣afoorur Raḥeem;
(އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު خبر ދެއްވާށެވެ! ތިމަންރަސްކަލާނގެއީ ހަމަކަނޑައެޅިގެން ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެކަން (އެއީ ތިމަންރަސްކަލާނގެއަށް توبة ވެ ވެވުނު ފާފައިގެމަތީ ދެމިނުތިބޭ މީހުންނަށެވެ.)
-
15:50
وَأَنَّ عَذَابِى هُوَ ٱلْعَذَابُ ٱلْأَلِيمُ
Wa-ʹanna ʻAẓaabee huwal ʻAẓaabul ʹaleem.
އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ عذاب އެއީ ގަދަފަދަ އަދި ވޭންދެނިވި އެއްޗެއްކަމާއި (އެއީ ފާފަކުރުންމަތީ توبة ނުވެ ދެމިތިބޭމީހުންނަށެވެ.)
-
15:51
وَنَبِّئْهُمْ عَن ضَيْفِ إِبْرَٰهِيمَ
Wa-nabbiʹhum ʻañ ḍayfi ʹIbraaheem.
އަދި ކަލޭގެފާނު އެމީހުންނަށް إبراهيم (عليه السّلام) ގެ މެހުމާނުންގެ خبر ދެއްވާށެވެ! (އެއީ އެކަލޭގެފާނުގެ އަރިހަށް ﷲ ފޮނުއްވި ملائكة ބޭކަލުންނެވެ.)
-
15:52
إِذْ دَخَلُوا۟ عَلَيْهِ فَقَالُوا۟ سَلَـٰمًا قَالَ إِنَّا مِنكُمْ وَجِلُونَ
ʹIẓ dakhaloo ʻalayhi faq̣aaloo Salaamaa! Q̣aala ʹinnaa miñkum wajiloon!
އެބޭކަލުން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވިހިނދުން އެބޭކަލުން سلام ވިދާޅުވިއެވެ. އަދި އެކަލޭގެފާނު (سلام ރައްދުކުރައްވާފައި) ވިދާޅުވިއެވެ. "ހަމަކަށަވަރުން އަހުރެމެން މިވަނީ ތިޔަބޭކަލުންގެ ފަރާތުން ބިރުންނެވެ." (އެކަލޭގެފާނު އެހެން ވިދާޅުވީ އެއީ ކޮންބައެއްކަން އެނގިވަޑައިނުގެންނެވިހިނދުންނެވެ.)
-
15:53
قَالُوا۟ لَا تَوْجَلْ إِنَّا نُبَشِّرُكَ بِغُلَـٰمٍ عَلِيمٍ
Q̣aaloo laa- tawjal ʹinnaa nubashshiruka big̣ulaamin ʻaleem.
އެބޭކަލުން ވިދާޅުވިއެވެ. "ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން ތިމަންބޭކަލުން ކަލޭގެފާނަށް علم ވެރި ދަރިކަލަކު ލިބިވަޑައިގަންނަވާނޭކަމުގެ އުފާވެރި خبر ދެއްވަމެވެ!"
-
15:54
قَالَ أَبَشَّرْتُمُونِى عَلَىٰٓ أَن مَّسَّنِىَ ٱلْكِبَرُ فَبِمَ تُبَشِّرُونَ
Q̣aala ʹabashshartumoonee ʻalaaa ʹam massaniyal kibaru fabima tubashshiroon?
އެކަލޭގެފާނު ވިދާޅުވިއެވެ. "އަހުރެންނަށް މުސްކުޅިކަން އައުމަށްފަހު ތިޔަބޭކަލުން އެކަމުގެ خبر އަހުރެންނަށް ދެއްވަނީތޯއެވެ؟ ތިޔަބޭކަލުން އަހުރެންނަށް ތިޔަ خبر ދެއްވަނީ ކޮންކަމަކުންތޯއެވެ؟"
-
15:55
قَالُوا۟ بَشَّرْنَـٰكَ بِٱلْحَقِّ فَلَا تَكُن مِّنَ ٱلْقَـٰنِطِينَ
Q̣aaloo bashsharnaaka bilḥaq̣q̣i falaa takum minal q̣aaniṭeen!
އެބޭކަލުން ވިދާޅުވިއެވެ. "ތިމަންބޭކަލުން ކަލޭގެފާނަށް މި خبر ދެއްވަނީ ހަމަ حقّ ގޮތުގައެވެ. ފަހެ ﷲ ގެ رحمة ން أمّيد ކަނޑާމީހުންގެތެރެއިން ކަލޭގެފާނުވެވަޑައި ނުގަންނަވާހުށިކަމެވެ.
-
15:56
قَالَ وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِۦٓ إِلَّا ٱلضَّآلُّونَ
Q̣aala wa-mañy yaq̣naṭu mir Raḥmati Rabbiheee ʹillaḍ ḍaaalloon?
އެކަލޭގެފާނު ވިދާޅުވިއެވެ. "މަގުފުރެދިފައިވާ މީހުން މެނުވީ އެމީހެއްގެ ربّ ގެ رحمة ން أمّيد ކަނޑައިލާ މާޔޫސްނުވާނެއެވެ."
-
15:57
قَالَ فَمَا خَطْبُكُمْ أَيُّهَا ٱلْمُرْسَلُونَ
Q̣aala famaa khaṭbukum ʹayyuhal Mursaloon?
އެކަލޭގެފާނު يعني: إبراهيم عليه السّلام ވިދާޅުވިއެވެ. "އޭ ފޮނުއްވިގެންވާ ބޭކަލުންނޭވެ! ތިޔަބޭކަލުން ވަޑައިގަތުމުގެ ބޭނުންފުޅަކީ އަދި مقصد އަކީ ކޮބައިތޯއެވެ؟" (މިހެން އެކަލޭގެފާނު ވިދާޅުވީ އެއީ ملائكة ބޭކަލުންކަން އެނގިވަޑައިގަތުމަށްފަހުގައެވެ.)
-
15:58
قَالُوٓا۟ إِنَّآ أُرْسِلْنَآ إِلَىٰ قَوْمٍ مُّجْرِمِينَ
Q̣aalooo ʹinnaaa ʹursilnaaa ʹilaa q̣awmim mujrimeen.
އެބޭކަލުން ވިދާޅުވިއެވެ. "ހަމަކަށަވަރުން ތިމަންބޭކަލުން ފޮނުއްވިގެންވަނީ ނުބައިވެގެންވާ قوم އަކަށެވެ. مجرم ބަޔަކުއުޅޭ قوم އެއް ހަލާކުކުރެއްވުމަށެވެ." (އެއީ لوط عليه السّلام ގެ قوم އެވެ.)
-
15:59
إِلَّآ ءَالَ لُوطٍ إِنَّا لَمُنَجُّوهُمْ أَجْمَعِينَ
ʹIllaa ʹAala Looṭ: ʹinnaa lamunajjoohum ʹajmaʻeen,―
"لوط عليه السّلام އާއި އެކަލޭގެފާނުންގެ آل ން މެނުވީއެވެ. އެކަލޭގެފާނާއި تبع ވެ إيمان ވީމީހުން މެނުވީއެވެ. ހަމަކަށަވަރުން ތިމަންބޭކަލުން އެ އެންމެން ސަލާމަތްކުރައްވާހުށީމެވެ.
-
15:60
إِلَّا ٱمْرَأَتَهُۥ قَدَّرْنَآ ۙ إِنَّهَا لَمِنَ ٱلْغَـٰبِرِينَ
ʹIllam raʹatahoo q̣addarnaaa ʹinnahaa laminal g̣aabireen.
އެކަލޭގެފާނުންގެ އަނބިކަނބަލުން މެނުވީއެވެ. އެކަމަނާޔާމެދު ނިޔާކުރެވިގެންވަނީ ހަމަކަށަވަރުން އެކަމަނާ ވާނީ ބާކީވެތިބި މީހުންގެ ތެރެއިންކަމަށެވެ. ހަލާކުވާމީހުންގެތެރެއިންވާނޭކަމަށެވެ."
-
15:61
فَلَمَّا جَآءَ ءَالَ لُوطٍ ٱلْمُرْسَلُونَ
Falammaa jaaaʹa ʹAala Looṭinil mursaloon.
،(62) ދެންފަހެ ފޮނުއްވިގެންވާ ملائكة ބޭކަލުން لوط عليه السّلام ގެ آل ންގެއަރިހަށް ވަޑައިގެންނެވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. "ހަމަކަށަވަރުން ތިޔަބޭކަލުންނަކީ إنكار ވެވިގެންވާ ބައެކެވެ. ނޭނގޭ ބައެކެވެ."
-
15:62
قَالَ إِنَّكُمْ قَوْمٌ مُّنكَرُونَ
Q̣aala ʹinnakum q̣awmum muñkaroon.
،(62) ދެންފަހެ ފޮނުއްވިގެންވާ ملائكة ބޭކަލުން لوط عليه السّلام ގެ آل ންގެއަރިހަށް ވަޑައިގެންނެވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. "ހަމަކަށަވަރުން ތިޔަބޭކަލުންނަކީ إنكار ވެވިގެންވާ ބައެކެވެ. ނޭނގޭ ބައެކެވެ."
-
15:63
قَالُوا۟ بَلْ جِئْنَـٰكَ بِمَا كَانُوا۟ فِيهِ يَمْتَرُونَ
Q̣aaloo bal jiʹnaaka bimaa kaanoo feehi yamtaroon.
އެބޭކަލުން ވިދާޅުވިއެވެ. "އަދި ކިއެއްހެއްޔެވެ. ތިމަންބޭކަލުން ކަލޭގެފާނުންގެ އަރިހަށް މިއައީ ކަލޭގެފާނުންގެ قوم ގެމީހުން އެކަމަކާއިމެދު ޝައްކުކުރާ ކަންތަކާއިމެދުގައެވެ. عذاب އާއިގެންނެވެ.
-
15:64
وَأَتَيْنَـٰكَ بِٱلْحَقِّ وَإِنَّا لَصَـٰدِقُونَ
Wa-ʹataynaaka bil-Ḥaq̣q̣i wa-ʹinnaa laṣaadiq̣oon.
އަދި ތިމަންބޭކަލުން ކަލޭގެފާނުންގެ އަރިހަށް މިވަޑައިގެންނެވީ حقّ އާއިގެންނެވެ. (އެ حقّ އަކީ عذاب އެވެ.) އަދި ހަމަކަށަވަރުން ތިމަންބޭކަލުންނީ ހަމަ ތެދުވެރީންނީމުއެވެ.
-
15:65
فَأَسْرِ بِأَهْلِكَ بِقِطْعٍ مِّنَ ٱلَّيْلِ وَٱتَّبِعْ أَدْبَـٰرَهُمْ وَلَا يَلْتَفِتْ مِنكُمْ أَحَدٌ وَٱمْضُوا۟ حَيْثُ تُؤْمَرُونَ
Faʹasri biʹahlika biq̣iṭʻim minal layli wattabiʻ adbaarahum wa-laa yaltafit miñkum ʹaḥaduñw wamḍoo ḥays̤u tuʹmaroon.
ފަހެ ރޭގަނޑުގެ (އަނދިރިކަންގަދަ) ވަގުތެއްގައި ކަލޭގެފާނު ކަލޭގެފާނުންގެ أهل ވެރިންނާއިގެން (މިރަށުން ނުކުމެވަޑައިގެން) ހިންގަވާފައި ވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނު އެމީހުންގެ يعني: أهل ވެރިންގެ ފަހަތުގައި تبع ވެވަޑައިގެން ހުންނަވާށެވެ. އަދި ކަލޭމެންކުރެ އެކަކުވެސް އެނބުރި ފަހަތަށް ނުބައްލަވާށެވެ! އަދި ކަލޭމެނަށް أمر ވެވުނުފަދައަކުން އަމުރުވެވުނުތަނަށް އަވަސްއަވަހަށްވަޑައިގަންނަވާށެވެ!
-
15:66
وَقَضَيْنَآ إِلَيْهِ ذَٰلِكَ ٱلْأَمْرَ أَنَّ دَابِرَ هَـٰٓؤُلَآءِ مَقْطُوعٌ مُّصْبِحِينَ
Wa-q̣aḍaynaaa ʹilayhi ẓaalikal ʹamra ʹanna daabira haaaʹulaaaʹi maq̣ṭooʻum muṣbiḥeen.
އަދި ތިމަންރަސްކަލާނގެ އެކަން އެކަލޭގެފާނަށް އަންގަވާ وحي ކުރެއްވީމެވެ. އެކަމަކީ ހަމަކަށަވަރުން މިބައިމީހުން - (لوط قوم ގެ ކާފަރުން) ފަތިސްކުރާ حال މަރުވެ ހަލާކުވެގެންދާނެއެވެ.
-
15:67
وَجَآءَ أَهْلُ ٱلْمَدِينَةِ يَسْتَبْشِرُونَ
Wa-jaaaʹa ʹahlul Madeenati yastabshiroon.
އަދި އެރަށުގެ أهل ވެރިން އުފާކުރާ حال (لوط ގެފާނުންގެ އަރިހަށް) އަތުވެއްޖެއެވެ. (އެއީ އެކަލޭގެފާނު އަރިހަށް ވަޑައިގެންނެވި ملائكة ބޭކަލުން ރީތި ފިރިހެނުންގެ صورة ގައިވާތީ އެމީހުންގެ ގަޔަށް އަރާ فاحش ކަންތައް ކުރަންވެގެންނެވެ. އެރަށުގެ މީހުންނަކީ عامّ ކޮށް ފިރިހެނުންނާ އެޅޭ މީހުންނެވެ. އަންހެނުންގެ ބޭނުން ނުކުރެއެވެ. އެމީހުން ހަލާކުވެގެންދިޔައީ އެކަމުގެ ސަބަބުންނެވެ. މި ملائكة ބޭކަލުންނަކީ އެމީހުންނަށް عذاب އާއިގެން ވަޑައިގެންނެވި ބޭކަލުންނެވެ. އެއީ ملائكة ންކަމެއް އަދި އޭރު لوط ގެފާނަށްވެސް އެނގިވަޑައިނުގަންނަވައެވެ.)
-
15:68
قَالَ إِنَّ هَـٰٓؤُلَآءِ ضَيْفِى فَلَا تَفْضَحُونِ
Q̣aala ʹinna haaaʹulaaaʹi ḍayfee falaa tafḍaḥoon:
ދެންފަހެ لوط عليه السّلام (އެމީހުންނަށް) ވިދާޅުވިއެވެ. "ހަމަކަށަވަރުން މިބޭކަލުންނަކީ ތިމަންކަލޭގެފާނުންގެ މެހްމާނުންނެވެ. ފަހެ ކަލޭމެން ތިމަންކަލޭގެފާނު فضيحة ނުކުރާށެވެ! (އެމީހުން ގަޔަށް އަރަން ނުއުޅޭށެވެ!)
-
15:69
وَٱتَّقُوا۟ ٱللَّهَ وَلَا تُخْزُونِ
Wattaq̣ul laaha wa-laa tukhzoon.
"އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! އަދި ތިމަންކަލޭގެފާނު ދެރަކޮށް ނިކަމެތިކޮށް ނުހަދާށެވެ!"
-
15:70
قَالُوٓا۟ أَوَلَمْ نَنْهَكَ عَنِ ٱلْعَـٰلَمِينَ
Q̣aalooo ʹawalam nanhaka ʻanil ʻaalameen?
އެމީހުން (އެކަލޭގެފާނަށް) ދެންނެވިއެވެ. "ދުނިޔޭގެ މީސްތަކުން މެހްމާނުން ކަމުގައި ހެއްދެވުން އަހުރެމެން ކަލޭގެފާނަށް މަނާ ނުކުރަންތޯއެވެ؟" (އެބަހީ: އެކަން އޮންނާނީ ކަލޭގެފާނަށް މަނާކޮށްފައެވެ.)
-
15:71
قَالَ هَـٰٓؤُلَآءِ بَنَاتِىٓ إِن كُنتُمْ فَـٰعِلِينَ
Q̣aala haaaʹulaaaʹi banaateee ʹiñ kuñtum faaʻileen.
އެކަލޭގެފާނު ވިދާޅުވިއެވެ. "މިތިބީ އަހުރެންގެ އަންހެންދަރިންނެވެ. ކަލޭމެން އަހުރެންގެ أمر އަށް ކިޔަމަންވަންޏާ އެކަންކުރާށެވެ." (އެކުދިންނާ އިންނާށެވެ.)
-
15:72
لَعَمْرُكَ إِنَّهُمْ لَفِى سَكْرَتِهِمْ يَعْمَهُونَ
Laʻamruka ʹinnahum lafee sakratihim yaʻmahoon.
(އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ عُمُرُ ފުޅު (حياة ޕުޅު) ގަންދެއްވައި ހުވައި وحي ކުރައްވަމެވެ. ހަމަކަށަވަރުން އެމީހުން އެވަނީ އެމީހުންގެ މަސްތުގައި / އަދި އެމީހުންގެ މަގުފުރެދުމުގައި ދެފުށުއެޅިއެޅިއެވެ. އަދިރިވެފައެވެ.
-
15:73
فَأَخَذَتْهُمُ ٱلصَّيْحَةُ مُشْرِقِينَ
Faʹakhaẓathumuṣ Ṣayḥatu mushriq̣een.
އަދި އިރުއަރާވަގުތު އެމީހުންނަށް عذاب ގެ އަޑުފަށްގަނޑު އައިސް ޖެހިއްޖެއެވެ
-
15:74
فَجَعَلْنَا عَـٰلِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهِمْ حِجَارَةً مِّن سِجِّيلٍ
Fajaʻalnaa ʻaaliyahaa saafilahaa wa-ʹamṭarnaa ʻalayhim ḥijaaratam miñ sijjeel.
ފަހެ އެރަށުގެ މަތީފުށް ދަށްފުށަށް ތިމަންރަސްކަލާނގެ ޖެއްސެވީމެވެ. (جبريل عليه السّلام ގެ ފިޔަފުޅުން އެރަށް އުފުއްލަވައި އުޑާ ހަމައަށް ނަންގަވައި އަނެއްފުށަށް ޖެއްސެވިކަމުގައިވިއެވެ.) އަދި މަށިހިލައިގެ ވާރޭ އެރަށުގެމައްޗަށް ތިމަންރަސްކަލާނގެ ވެއްސެވީމެވެ.
-
15:75
إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّلْمُتَوَسِّمِينَ
ʹInna fee ẓaalika laʹAayaatil lilmutawassimeen.
ހަމަކަށަވަރުން ވިސްނާ ފިކުރުކޮށް ކަންކަމުން عبرة حاصل ކުރާމީހުންނަށް އެކަންތަކުގައި ކަނޑައެޅި بيان ވެގެންވާ ދަލީލުވެއެވެ.
-
15:76
وَإِنَّهَا لَبِسَبِيلٍ مُّقِيمٍ
Wa-ʹinnahaa labisabeelim muq̣eem.
އަދި ހަމަކަށަވަރުން އެރަށްވަނީ އެބަހީ: لوط عليه السّلام ގެ قوم ގެމީހުން އުޅުނުރަށް سَدُوْمُ ވަނީ ކަނޑައެޅި ބަޔާންވެގެންވާ މަގެއްގައެވެ. (އެއީ قريش ން شام ކަރަޔަށްދާމަގެވެ. އަދި މިވާހަކަވެސް قرآن ގެ ކިތަންމެތާކު ތަފާތު عبارة ން އައިސްފައިވެއެވެ.)
-
15:77
إِنَّ فِى ذَٰلِكَ لَـَٔايَةً لِّلْمُؤْمِنِينَ
ʹInna fee ẓaalika laʹAayatal lil-Muʹmineen.
ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: لوط قوم ގެމީހުންނާމެދު ތިމަންރަސްކަލާނގެ މިކަންތައް ގެންދެވިގޮތުގައި) مؤمن ންނަށް بيان ވެގެންވާ دليل އާއި حجّة ވެއެވެ. عبرة ވެއެވެ.
-
15:78
وَإِن كَانَ أَصْحَـٰبُ ٱلْأَيْكَةِ لَظَـٰلِمِينَ
Wa-ʹiñ kaana ʹAṣḥaabul ʹAykati laz̤̣aalimeen.
އަދި ހަމަކަށަވަރުން أَيْكَة ގެ އެކުވެރިންވީ އަނިޔާވެރިންކަމުގައެވެ. (أَيْكَة އަކީ ގަސްބޮނޑިއެވެ. ބޯގަސްތަކެވެ. އެރަށަކީވެސް شُعَيْبُ عليه السّلام رسول ކަމާއިގެން ފޮނުއްވި ރަށެއްކަމުގައިވިއެވެ. އެހެންވީއިރު شُعَيْبُ عليه السّلام رسول ކަމާއިގެން ފޮނުއްވިފައިވަނީ ދެރަށަށްކަމުގައިވިއެވެ. އެއީ مَدْيَن އާއި أَيْكَة އެވެ. އެވާހަކަ تفسير الطبري ގައި بيان ވެގެންވެއެވެ.)
-
15:79
فَٱنتَقَمْنَا مِنْهُمْ وَإِنَّهُمَا لَبِإِمَامٍ مُّبِينٍ
Fañtaq̣amnaa minhum. Wa-ʹinnahumaa labiʹimaamim mubeen.
ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެ ކިބައިން ބަދަލުހިއްޕެވީމެވެ. (އެއީ އެމީހުން ކާފަރުވުމުގެ ސަބަބުން عذاب ފޮނުއްވައި ހަލާކު ކުރެއްވުމެވެ.) އަދި ހަމަކަށަވަރުން އެދެރަށް ވަނީ بيان ވެގެންވާ މަގެއްގެމަތީގައެވެ. (އެބަހީ: މި أَيْكَة ކިޔަރަށާއި لوط قوم ގެމީހުން އުޅުނު ރަށާއި ދެރަށްވަނީ މީސްތަކުން عامّ ކޮށް ދަތުރުފަތުރުކޮށްއުޅޭ މަގެއްގައެވެ. މަގަށް إمام ކިޔާފައިވަނީ إمام އަކީވެސް މީހުން އޭނާޔާ تبع ވާމީހެކެވެ. މަގަކީވެސް އޭގެމަތީގައި މީހުން تبع ވެގެން ހިނގާއެއްޗެއްކަމުގައިވާތީއެވެ. والله أعلم)
-
15:80
وَلَقَدْ كَذَّبَ أَصْحَـٰبُ ٱلْحِجْرِ ٱلْمُرْسَلِينَ
Wa-laq̣ad kaẓẓaba ʻAṣḥaabul ḤIJRIL mursaleen:
އަދި الحِجْرُ ގެ أهل ވެރިން އެމީހުންގެގާތަށް ﷲ ފޮނުއްވި رسول އެމީހުން ދޮގުކޮށްފިއެވެ. (އެއީ صالح عليه السّلام އެވެ. الحِجْرُ އަކީ صالح ގެފާނުން ފޮނުއްވުނު ރަށަށް ކިޔާނަމެކެވެ.)
-
15:81
وَءَاتَيْنَـٰهُمْ ءَايَـٰتِنَا فَكَانُوا۟ عَنْهَا مُعْرِضِينَ
Wa-ʹaataynaahum ʹAayaatinaa fakaanoo ʻanhaa muʻriḍeen.
އަދި ތިމަންރަސްކަލާނގެ دليل ތައް އެމީހުންނަށް ދެއްވީމެވެ. (އެއީ صالح ގެފާނުންގެ رسول ކަމުގެ ތެދުކަމުގެމައްޗަށް دليل ކުރާ معجزة ތަކާއި حجّة ތަކެވެ.) އަދި އެމީހުންވީ އެ އެންމެހައި دليل ތަކުން އެނބުރި ފުރަގަސްދިން ބަޔަކުކަމުގައެވެ. އެ دليل ތައް ދޮގުކުރި ބަޔަކު ކަމުގައެވެ.
-
15:82
وَكَانُوا۟ يَنْحِتُونَ مِنَ ٱلْجِبَالِ بُيُوتًا ءَامِنِينَ
Wa-kaanoo yanḥitoona minal jibaali buyootan ʹaamineen.
އަދި އެމީހުންވީ ފަރުބަދަތައް ކަނޑައި ކޮށައިގެން އަމާންވަނޭ ގެތައް ހެދިބަޔަކު ކަމުގައެވެ. (އެމީހުން ހީކުރީ އެގެތައް ﷲ ގެ عذاب ން ނުވަތަ މަރުވުމުން އެމީހުން އަމާންކޮށްދީ ސަލާމަތްކޮށްދޭނޭ ކަމަށެވެ. އެކަމަކު ﷲ ގެ عذاب އައިހިނދުން އެއިން އެއްވެސް ފައިދާއެއް ނުކުރިއެވެ.)
-
15:83
فَأَخَذَتْهُمُ ٱلصَّيْحَةُ مُصْبِحِينَ
Faʹakhaẓathumuṣ Ṣayḥatu muṣbiḥeen.
ފަހެ ފަތިސްވަގުތު އެމީހުންނަށް ހަލާކުގެ އަޑުފަށްގަނޑު އައިސްޖެހިއްޖެއެވެ.
-
15:84
فَمَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يَكْسِبُونَ
Famaaa ʹag̣naa ʻanhum maa kaanoo yaksiboon!
ފަހެ އެމީހުންކުރި (ނުބައި عمل ތައް) އެމީހުން عذاب ން ސަލާމަތްކޮށް ނުދިނެވެ. އެ عمل ތަކުން އެމީހުންނަށް އެއްވެސް ކަމެއް ނުފުދުނެވެ.
-
15:85
وَمَا خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ ۗ وَإِنَّ ٱلسَّاعَةَ لَـَٔاتِيَةٌ ۖ فَٱصْفَحِ ٱلصَّفْحَ ٱلْجَمِيلَ
Wa-maa khalaq̣nas samaawaati wal-ʹarḍa wa-maa baynahumaaa ʹillaa bilḥaq̣q̣. Wa-ʹinnas Saaʻata laʹaatiyatuñ faṣfaḥiṣ ṣafḥal jameel.
އަދި އުޑުތަކާއި ބިން އަދި އެދެމެދުގައިވާހާ ތަކެތިވެސް ހަމަ حقّ ގޮތުގައި މެނުވީ ތިމަންރަސްކަލާނގެ ނުހައްދަވަމެވެ. عدل ވެރިގޮތުގައި މެނުވީ ނުހައްދަވަމެވެ. (އެބަހީ: ތިމަންރަސްކަލާނގެ އެ ހަލާކުކުރެއްވި أمّة ތައް ހަލާކު ކުރައްވާފައިވާނީ ހަމަ عدل ވެރިގޮތުގައެވެ.) އަދި ހަމަކަށަވަރުންވެސް قيامة ދުވަހަކީ އަންނާނެ ދުވަހެއްކަން ކަށަވަރެވެ. ފަހެ ކަލޭގެފާނު ރަނގަޅު ރިވެތިގޮތުން އެމީސްތަކުންނަށް معاف ކުރާށެވެ! عفو ކުރައްވާށެވެ! އެ مشرك ންގެފަރާތުން އެނބުރިވަޑައިގަންނަވާށެވެ! (އެބަހީ: އެމީހުންގެ ހަލާކަށް އެދިވަޑައި ނުގަންނަވާށެވެ!)
-
15:86
إِنَّ رَبَّكَ هُوَ ٱلْخَلَّـٰقُ ٱلْعَلِيمُ
ʹInna Rabbaka Huwal Khallaaq̣ul ʻAleem.
ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެއީ ހުރިހާތަކެތި ހައްދަވައި އަދި އެންމެހައިކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
15:87
وَلَقَدْ ءَاتَيْنَـٰكَ سَبْعًا مِّنَ ٱلْمَثَانِى وَٱلْقُرْءَانَ ٱلْعَظِيمَ
Wa-laq̣ad ʹaataynaaka Sabʻam minal mas̤aanee wal-Q̣urʹaanal ʻAz̤̣eem.
އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް السَّبْعُ اْلمَثَانِى އާއި ބޮޑުވެގެންވާ މާތް قرآن ދެއްވީމެވެ. • ދަންނައެވެ. السَّبْعُ اْلمَثَانِى އާއިމެދު تفسير علم ވެރިންގެ ބަސް ތަފާތެވެ. އެތަނުން ބުރަވެވޭބަހަކީ راحِجُ • ބަހަކީ އެއީ سورة الفاتحة އެވެ. الحمد އެވެ.
-
15:88
لَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِۦٓ أَزْوَٰجًا مِّنْهُمْ وَلَا تَحْزَنْ عَلَيْهِمْ وَٱخْفِضْ جَنَاحَكَ لِلْمُؤْمِنِينَ
Laa- tamuddanna ʻaynayka ʹilaa maa- mattaʻnaa biheee ʹazwaajam minhum wa-laa taḥzan ʻalayhim wakhfiḍ janaaḥaka lil-Muʹmineen.
އަދި އެމީހުންކުރެ މުދާވެރި މުއްސަނދި މީހުންނަށް ތިމަންރަސްކަލާނގެ ދެއްވާފައިވާ ތަކެއްޗަށް ކަލޭގެފާނުންގެ ލޯފުޅު ނުދައްމަވާށެވެ! އެއަށް ނުބައްލަވާށެވެ! އަދި އެމީހުންގެ މައްޗަށް ކަލޭގެފާނު ހިތާމަފުޅު ނުކުރައްވާށެވެ! އަދި مؤمن ންނަށްޓަކައި ކަލޭގެފާނުންގެ ފިޔަފުޅު ތިރިކުރައްވާށެވެ! (އެމީހުންނަށް އޯގާވެރިވެވަޑައިގަންނަވާށެވެ! އެމީހުންނާމެދު ހަރުކަށިވެވަޑައި ނުގަންނަވާށެވެ!)
-
15:89
وَقُلْ إِنِّىٓ أَنَا ٱلنَّذِيرُ ٱلْمُبِينُ
Wa-q̣ul ʹinneee ʹanan naẓeerul mubeen,―
(އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު މިއީ بيان ވެގެންވާ نَذير އެވެ. (ﷲ އަށް ނުކިޔަމަންތެރިވީމީހުންނަށް އެކަލާނގެ ކޯފާއާއި عذاب ހުރިކަމުގެ ބިރުވެރި خبر ދޭ މީހާއެވެ.)
-
15:90
كَمَآ أَنزَلْنَا عَلَى ٱلْمُقْتَسِمِينَ
Kamaaa ʹañzalnaa ʻalal muq̣tasimeen,―
އެއީ مُقْتَسِمُ ންގެ މައްޗަށްވެސް ތިމަންރަސްކަލާނގެ عذاب ފޮނުއްވި ފަދައިންނެވެ.
-
15:91
ٱلَّذِينَ جَعَلُوا۟ ٱلْقُرْءَانَ عِضِينَ
ʹAllaẓeena jaʻalul Q̣urʹaana ʻi-ḍeen.
އެމީހުންނަކީ قرآن ބައިބަޔަށް (އީމާންވާބަޔަކަށާއި އީމާންނުވެވޭނެ ބަޔަކަށް) ބައިބައިކޮށް ބެހިމީހުންނެވެ. • ދަންނައެވެ. مُقْتَسِمُ ގެ لفظ ގެ ترجمة އަކީ ބައިބަޔަށް ބަހާމީހާއެވެ. ދެންފަހެ އެ لفظ ން މުރާދުކުރެވޭ ބަޔަކާއިމެދު مفسّر ންގެ ބަސްތަފާތެވެ. އެއީ (1) يهودي ންނާއި نصارى އިން ކަމުގައި ވިދާޅުވި ބޭކަލުންވެއެވެ. އެމީހުންވެސް އެ قرآن ގެ އެއްބަޔަށް إيمان ވެ އަނެއްބަޔަށް ކާފަރުވީއެވެ. އަދި އެމީހުން އެމީހުންގެ ފޮތްވެސް ބެހީއެވެ. ބައިބައިކޮށް އެއްބަޔަށް إيمان ވެ އަނެއްބަޔަށް ކާފަރުވީއެވެ. އަދި އެއީ (2) قريش ންގެ ބަޔަކުކަމުގައިވެސް ބުނެވުނެވެ. އެމީހުންވެސް އެއްބަޔަށް އީމާންވެ އަނެއްބަޔަށް ކާފަރު ވީކަމުގައި ވިއެވެ. އަދި އެއީ (3) صالح عليه السّلام ގެ قوم ގެ ބައެއްކަމުގައިވެސް ބުނެވުނެވެ. އަދިވެސް ކިތައްމެގޮތަކަށް ބުނެވިފައިވެއެވެ. ފަހެ ކީރިތި قرآن ގެ އެއްބައި ތެދުކޮށް އަނެއްބައި ދޮގުކުރި ކޮންމެބަޔަކުވެސް މީގެތެރެއަށް ވަންނާނެކަމުގައި مفسّر أبو حَعْفَرُ الطّبرى އެކަލޭގެފާނުންގެ تفسير ގައި ވިދާޅުވެފައިވެއެވެ. (ދެން އަޅުގަޑުމެން ދިވެހިންނޯ؟؟؟ ބައެއް އަޅުކަން އޭގައިވާގޮތަށް ކުރަންކަމުގޮސްފައި ބައެއް ޙުކުމް އޭގައިވާގޮތަށްކުރާކަށް ކަމަކުނުދިޔައެވެ. މަރަށް މަރުހިފުން - ވައްކަންކުރީމާ އަތްކެޑުން ޒިނޭގެ ޙައްދު ޤަވާޢިދުން ޤާއިމުކުރުން މަގުފޭރޭމީހުންގެ ކަންތައް ދެންމިހެންގޮސް......والله أعلم)
-
15:92
فَوَرَبِّكَ لَنَسْـَٔلَنَّهُمْ أَجْمَعِينَ
Fawa-Rabbika lanasʹalannahum ʹajmaʻeen.
،(93) ފަހެ ކަލޭގެފާނުންގެ ربّ ގަންދެއްވައި ހުވައި وحي ކުރައްވަމެވެ. ނިކަންހުރެ ހަމަކަށަވަރުން އެމީހުންނާ (يعني: قرآن ބައިބަޔަށް ހެދިމީހުންނާ) آخرة ދުވަހުން ތިމަންރަސްކަލާނގެ ސުވާލުކުރާ ހުށީމެވެ. އެއީ ދުނިޔޭގައި ތިބެގެން އެމީހުން އެކުރަމުންދާ ކަންތަކާއި ބެހޭގޮތުންނެވެ.
-
15:93
عَمَّا كَانُوا۟ يَعْمَلُونَ
ʻAmmaa kaanoo yaʻmaloon.
،(93) ފަހެ ކަލޭގެފާނުންގެ ربّ ގަންދެއްވައި ހުވައި وحي ކުރައްވަމެވެ. ނިކަންހުރެ ހަމަކަށަވަރުން އެމީހުންނާ (يعني: قرآن ބައިބަޔަށް ހެދިމީހުންނާ) آخرة ދުވަހުން ތިމަންރަސްކަލާނގެ ސުވާލުކުރާ ހުށީމެވެ. އެއީ ދުނިޔޭގައި ތިބެގެން އެމީހުން އެކުރަމުންދާ ކަންތަކާއި ބެހޭގޮތުންނެވެ.
-
15:94
فَٱصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ ٱلْمُشْرِكِينَ
Faṣdaʻ bimaa tuʹmaru wa-ʹaʻriḍ ʻanil mushrikeen.
ފަހެ ކަލޭގެފާނު ކަލޭގެފާނަށް أمر ވެވުނު ކަންތައްކުރައްވާށެވެ! އަދި مشرك ންގެކިބައިން އެނބުރި ދުރުވެވަޑައިގަންނަވާށެވެ! • ދަންނައެވެ! މިއާޔަތަކީ نبي ކަމުގެ ކުރީކޮޅުގެ آية އެއްކަމުން މިބާވަތުގެ މާނައިގައިވާ އެންމެހައި އާޔަތެއްގެ حكم ހަނގުރާމައިގެ އާޔަތް ބާވައިލެއްވުމުން منسوخ ވެގެންވެއެވެ. މިހާރުއޮތީ مشرك ންނާ ދިމާކުރާ حكم އެވެ. توبة ސޫރަތުގެ އާޔަތްތަކުން އެގޮތް ރަނގަޅަށް ހާމަވެއެވެ. والله أعلم.
-
15:95
إِنَّا كَفَيْنَـٰكَ ٱلْمُسْتَهْزِءِينَ
ʹInnaa kafaynaakal mustahziʹeen.
ހަމަކަށަވަރުން ކަލޭގެފާނަށާއި، އަދި އިސްލާމްދީނަށް މަލާމާތްކުރާމީހުންގެ ފަރާތުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފުއްދަވާދެއްވާހުށީމެވެ.
-
15:96
ٱلَّذِينَ يَجْعَلُونَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ ۚ فَسَوْفَ يَعْلَمُونَ
ʹAllaẓeena yajʻaloona maʻal laahi ʹilaahan ʹaakhar: fasawfa yaʻlamoon.
އެމީހުންނަކީ ﷲ އާ އެކު އެހެން إله އެއްވެސް ހިފާ إختيار ކުރާމީހުންނެވެ. ފަހެ ނިކަންހުރެ އެމީހުން އެކުރާ ކަންތަކުގެ (ނުބައިކަން) آخرة ދުވަހުން އެމީހުންނަށް އެނގޭނެއެވެ.
-
15:97
وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ
Wa-laq̣ad naʻlamu ʹannaka yaḍeeq̣u ṣadruka bimaa yaq̣ooloon.
(އޭ رسول ﷲ އެވެ!) އެމީހުން އެބުނާ ތަކެތީން ކަލޭގެފާނުންގެ ހިތްޕުޅު ނުތަނަވަސްވާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.
-
15:98
فَسَبِّحْ بِحَمْدِ رَبِّكَ وَكُن مِّنَ ٱلسَّـٰجِدِينَ
Fasabbiḥ biḥamdi Rabbika wa-kum minas Saajideen.
ފަހެ ކަލޭގެފާނު ކަލޭގެފާނުންގެ ربّ އަށް حمد ކުރުމާ އެކު تسبيح ވިދާޅުވާށެވެ! އަދި سجدة ކުރާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!
-
15:99
وَٱعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ ٱلْيَقِينُ
Waʻbud Rabbaka ḥattaa yaʹtiyakal yaq̣een.
އަދި ކަލޭގެފާނަށް يقين އަތުވެއްޖައުމަށްދާންދެން އެބަހީ: ކަލޭގެފާނު އަވަހާރަވެއްޖައުމަށްދާންދެން ކަލޭގެފާނު ކަލޭގެފާނުންގެ ربّ އަށް އަޅުކަންކުރައްވާށެވެ!
Surah An-NahlBegins here at 16:1
-
16:1
أَتَىٰٓ أَمْرُ ٱللَّهِ فَلَا تَسْتَعْجِلُوهُ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يُشْرِكُونَ
ʹAtaaa ʹAmrul laahi falaa tastaʻjilooh: Subḥaanahoo wa-taʻaalaa ʻammaa yushrikoon.
ﷲ ގެ أمر ފުޅު އަތުވެއްޖެއެވެ. ފަހެ އެކަން އަވަސްވުމަށް ކަލޭމެން ނޭދޭށެވެ. مشرك ންގެމީހުން ﷲ އާއި ބައިވެރިކޮށް އެ شريك ކުރާ އެންމެހައި ތަކެތިން އެކަލާނގެ ހުސް طاهر ވަންތަވެ މަތިވެރިވެވޮޑިގެންވެއެވެ. • ދަންނައެވެ! މިއާޔަތުގައި މިވާ ﷲ ގެ أمر ފުޅާމެދު ބަސްތަފާތުވެގެންވެއެވެ. (1) ބައެއްބޭކަލުން ވިދާޅުވަނީ އެއީ رسول ﷲ ﷺ ފޮނުއްވުންކަމެވެ. (2) އަނެއްބައި ބޭކަލުން ވިދާޅުވީ އެއީ مشرك ންގެ މީހުންގެމައްޗަށް ﷲ ގެ عقوبة އައުމުގެ ވާހަކައެވެ. (3) އަދި އަނެއްބައިބޭކަލުން ވިދާޅުވީ އެއީ قيامة ދުވަސް އަންނާނެވާހަކައެވެ. والله أعلم.
-
16:2
يُنَزِّلُ ٱلْمَلَـٰٓئِكَةَ بِٱلرُّوحِ مِنْ أَمْرِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦٓ أَنْ أَنذِرُوٓا۟ أَنَّهُۥ لَآ إِلَـٰهَ إِلَّآ أَنَا۠ فَٱتَّقُونِ
Yunazzilul malaaaʹikata birrooḥi min ʹAmrihee ʻalaa mañy yashaaaʹu min ʻibaadiheee ʹan ʹañẓirooo ʹannahoo Laaa ʹilaaha ʹillaaa ʹana fattaq̣oon.
އަދި އެކަލާނގެ أمر ފުޅަށް وحي އާއިގެން އެކަލާނގެ އަޅުތަކުންގެތެރެއިން އެކަލާނގެ އެދިވޮޑިގަންނަވާ އަޅެއްގެ އަރިހަށް އެކަލާނގެ ملائكة އާ ފޮނުއްވައެވެ. އެއީ އެ نبي ބޭކަލަކު ނުވަތަ رسول ބޭކަލަކު ތިމަންރަސްކަލާނގެ ފިޔަވައި އެހެން އެއްވެސް إله އަކުނުވާކަން މީސްތަކުންނަށް އަންގަވައި އެކަމުގެ إنذار ކުރައްވައި ބިރުގެންނެވުމަށެވެ. ފަހެ ކަލޭމެން ތިމަންރަސްކަލާނގެއަށް ބިރުވެތިވާށެވެ! (ތިމަންރަސްކަލާނގެއާއި އެހެން ފަރާތަކާ شريك ކުރުމާ މެދު ބިރުވެތިވާށެވެ!)
-
16:3
خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۚ تَعَـٰلَىٰ عَمَّا يُشْرِكُونَ
Khalaq̣as samaawaati wal-ʹarḍa bilḥaq̣q̣: Taʻaalaa ʻammaa yushrikoon!
އެކަލާނގެ އުޑުތަކާއި ބިން ހެއްދެވީ ހަމަ عدل ވެރިގޮތުގައެވެ. حقّ ގޮތުގައެވެ. އެ مشرك ންގެ މީހުން އެކަލާނގެއާ އެ شريك ކުރާ ތަކެތި ފިޔަވައި އެކަލާނގެ މާމަތިވެރިވެވޮޑިގެންވެއެވެ.
-
16:4
خَلَقَ ٱلْإِنسَـٰنَ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ
Khalaq̣al ʹiñsaana min nuṭfatiñ faʹiẓaa huwa khaṣeemum mubeen!
އަދި މަނިފޮދުވަރަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. (އެކަލާނގެ އެއިންސާނާ ހެއްދެވުމުގައި އެތައް دَوْرُ ތަކެއްގައި ވޭތިކުރެއްވުމަށްފަހު ފުރިހަމަ އިންސާނަކަށް އޭނާ ދުނިޔެއަށް ފޮނުއްވައެވެ.) ދެން އެހައިރުން އެއިންސާނާ ވަނީ ދެކޮޅުވެރިއަކު ކަމުގައެވެ. (ﷲ ގެ قدرة ތެރިކަން قبول ނުކުރާ އެކަލާނގެއާ ދިމާ ދެކޮޅުވެރި އަކު ކަމުގަ އެވެ.)
-
16:5
وَٱلْأَنْعَـٰمَ خَلَقَهَا ۗ لَكُمْ فِيهَا دِفْءٌ وَمَنَـٰفِعُ وَمِنْهَا تَأْكُلُونَ
Wal-ʹanʻaama khalaq̣ahaa lakum feehaa difʹuñw wamanaafiʻu wa-minhaa taʹkuloon.
އަދި އެކަލާނގެ نَعَم ސޫފި ހެއްދެވިއެވެ. (އެއީ جمل އާއި، ގެރިއާއި، ބަކަރިއެވެ.) އޭގައި ކަލޭމެންގެ ހީފިލުވުންވެއެވެ. (އެބަހީ: އޭގެ ކެހެރިޔާ އިސްތަށިން ފިނިން ސަލާމަތްވާނޭ ފޭރާން ހެދޭނެގޮތް ލެއްވީމެވެ.) އަދި އެހެނިހެންވެސް ގިނަގުނަ منفع ތައް ތިމަންރަސްކަލާނގެ އޭގައި ލެއްވީމެވެ. (އޭގެ ކިރާއި - އޭގެމައްޗަށް ސަވާރުވުމާއި - ދަނޑުހެއްދުމުގައި ފަސްގަނޑުޖެހުމުގެ ކަންތަކާއި ފެންއުފުލައިދިނުމާއި އަދިވެސް އެތަކެއް ބައިވަރު މަންފާތަކެވެ.) އަދި އޭގެ މަހާއި ސަރުބީ ކަލޭމެން ކައި ހަދަމުއެވެ.
-
16:6
وَلَكُمْ فِيهَا جَمَالٌ حِينَ تُرِيحُونَ وَحِينَ تَسْرَحُونَ
Wa-lakum feehaa jamaalun ḥeena tureeḥoona waḥeena tasraḥoon.
އަދި ހަވީރުގެ ވަގުތުގައި އެސޮރުމެނަށް ހުއިހައްޕާންދީގެން ގެންނަހިނދުގައްޔާއި އަދި ހެނދުނުގެ ވަގުތު އެސޮރުމެން ހުއިހެއްޕުމަށްޓަކައި ނެރެގެން ގެންދިއުމުގައި ކަލޭމެނަށް ނުހަނު ރިވެތިކަމާއި ފުރިހަމަކަންވެއެވެ.
-
16:7
وَتَحْمِلُ أَثْقَالَكُمْ إِلَىٰ بَلَدٍ لَّمْ تَكُونُوا۟ بَـٰلِغِيهِ إِلَّا بِشِقِّ ٱلْأَنفُسِ ۚ إِنَّ رَبَّكُمْ لَرَءُوفٌ رَّحِيمٌ
Wa-taḥmilu ʹas̤q̣aalakum ʹilaa baladil lam takoonoo baalig̣eehi ʹillaa bishiq̣q̣il ʹañfus: ʹinna Rabbakum la-Raʹoofur Raḥeem.
އަދި އެއްރަށުން އަނެއްރަށަށް ކަލޭމެންގެ ބަރުތަކެތި އެސޮރުމެން އުފުލައިދެއެވެ. އެތައްބައިވަރު އުނދަގޫތަކާއި ބުރަމަސައްކަތުންމެނުވީ އެތަކެއްޗާއިގެން އެރަށްރަށަށް ފޯރޭނޭ ބަޔަކު ކަމުގައި ކަލޭމެން ނުވެއެވެ. (އެފަދަ ތަންތަނަށް އެސޮރުމެން އެތަކެތި އުފުލައިދެއެވެ.) ހަމަކަށަވަރުން ކަލޭމެންގެ ربّ އެއީ އޯގާވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެކަން يقين އެވެ.
-
16:8
وَٱلْخَيْلَ وَٱلْبِغَالَ وَٱلْحَمِيرَ لِتَرْكَبُوهَا وَزِينَةً ۚ وَيَخْلُقُ مَا لَا تَعْلَمُونَ
Walkhayla wal-big̣aala wal-ḥameera litarkaboohaa wa-zeenah; wa-yakhluq̣u maa laa- taʻlamoon.
އަދި އަހާއި بَغَل އާއި حِمار އެކަލާނގެ ހެއްދެވިއެވެ. އެކަލާނގެ އެތަކެތި ހެއްދެވީ އެތަކެއްޗަށް ކަލޭމެން ދަތުރުފަތުރު ކުރުމަށާއި ޒީނަތްތެރިކަމެއްގެގޮތުން ސަވާރުވެ ހެދުމަށެވެ. އަދި ކަލޭމެންނަށް ނޭނގޭހާތަކެތި އެކަލާނގެ ހައްދަވައެވެ. (އޭގެތެރޭގައި ރޮކެޓާއި މިސައިލް އަދި މަތިންދާބޯޓުވެއެވެ. އަދި މުސްތަޤުބަލުގައި އެހެންތަކެތިވެދާނެއެވެ.)
-
16:9
وَعَلَى ٱللَّهِ قَصْدُ ٱلسَّبِيلِ وَمِنْهَا جَآئِرٌ ۚ وَلَوْ شَآءَ لَهَدَىٰكُمْ أَجْمَعِينَ
Wa-ʻalal laahi q̣aṣdus Sabeeli wa-minhaa jaaaʹir: wa-law shaaaʹa lahadaakum ʹajmaʻeen.
އަދި حقّ ސީދާމަގު ބަޔާންކޮށްދެއްވުން އެއީ ﷲ تعالى އަށް خاصّ ވެގެންވާ ކަމެކެވެ. އަދި މަގުތަކުގެތެރޭގައި ގުދުމަގުވެއެވެ. އަނިޔާވެރިމަގު ވެއެވެ. (އެއީ شيطان އާގެ މަގެވެ.) އަދި ﷲ تعالى އިރާދަކުރައްވައިފިއްޔާ ތިޔަ އެންމެންނަށް އެކުގައި އެކަލާނގެ ތެދުމަގު ދައްކަވައިފީހެވެ.
-
16:10
هُوَ ٱلَّذِىٓ أَنزَلَ مِنَ ٱلسَّمَآءِ مَآءً ۖ لَّكُم مِّنْهُ شَرَابٌ وَمِنْهُ شَجَرٌ فِيهِ تُسِيمُونَ
Huwal laẓeee ʹañzala minas samaaaʹi maaaʹal lakum minhu sharaabuñw waminhu shajaruñ feehi tuseemoon.
އަދި އުޑުން ފެންބާވައިލެއްވީ ހަމަ އެކަލާނގެއެވެ. ﷲ އެވެ. އެފެން ކަލޭމެން ބުއިމަށްވެއެވެ. އަދި އެފެނުން ގަސްހެދުންވެއެވެ. އެގަސްގަހާ ގެއްސަކީ އެއިން ކަލޭމެން ގެރިބަކަރިތަކަށާއި އެހެނިހެންވެސް ޖަނަވާރުތަކަށް ފަތްކާންދީ ހުއިހައްޕުވާ ހަދާ ގަހެވެ.
-
16:11
يُنۢبِتُ لَكُم بِهِ ٱلزَّرْعَ وَٱلزَّيْتُونَ وَٱلنَّخِيلَ وَٱلْأَعْنَـٰبَ وَمِن كُلِّ ٱلثَّمَرَٰتِ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَتَفَكَّرُونَ
Yumbitu lakum̃ bihiz zarʻa wazzaytoona wannakheela wal-ʹaʻnaaba wa-miñ kullis̤ s̤amaraat: ʹinna fee ẓaalika laʹAayatal liq̣awmiñy yatafakkaroon.
އަދި އެފެނުން އެކަލާނގެ ކަލޭމެންގެ ދަނޑުތައް ފަޅުއްވައި ހައްދަވައިދެއްވައެވެ. އަދި ޒައިތޫނިގަހާއި ކަދުރު ރުކާއި މޭބިސްކަދުރާއި އަދި ހުރިހާ ވައްތަރެއްގެ މޭވާ އެފެނުގެ ސަބަބުން އެކަލާނގެ ނެރުއްވައެވެ. ހަމަކަށަވަރުން އެހެރަ އެހެރަ ކަންކަމުގައި ކަންކަމަށް ބުއްދިކޮށް ފިކުރުކުރާބަޔަކަށް (ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެމައްޗަށް دليل ކުރާ) دليل ތަކާއި ހެކިތައްވާކަންކަށަވަރެވެ.
-
16:12
وَسَخَّرَ لَكُمُ ٱلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ ۖ وَٱلنُّجُومُ مُسَخَّرَٰتٌۢ بِأَمْرِهِۦٓ ۗ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَعْقِلُونَ
Wa-sakhkhara lakumul layla wannahaara washshamsa walq̣amar; wannujoomu musakhkharaatum biʹAmrih: ʹinna fee ẓaalika laʹAayaatil liq̣awmiñy yaʻq̣iloon.
އަދި ރޭގަނޑާއި ދުވާލާއި އަދި އިރާއި ހަނދާއި އެކަލާނގެ ކަލޭމެނަށް ކިޔަމަންކޮށްދެއްވިއެވެ. އަދި އެކަލާނގެ أمر ފުޅަށް ތަރިތައް ކިޔަމަންކުރެއްވިގެންވެއެވެ. މިތަކެތި މިގޮތަށް ކިޔަމަންތެރިކުރެއްވުމުގައި ހަމަކަށަވަރުންވެސް އެތަކެތި ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމުގެމައްޗަށް دليل ކުރާ ހެކިތަކާއި حجّة ވާކަން ކަށަވަރެވެ. ބުއްދީގެ ބޭނުންކޮށް ހެޔޮވިސްނާ ބަޔަކަށެވެ.
-
16:13
وَمَا ذَرَأَ لَكُمْ فِى ٱلْأَرْضِ مُخْتَلِفًا أَلْوَٰنُهُۥٓ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَذَّكَّرُونَ
Wa-maa ẓaraʹa lakum fil ʹarḍi mukhtalifan ʹalwaanuh: ʹinna fee ẓaalika laʹaayatal liq̣awmiñy yaẓẓakkaroon.
އަދި އެކަލާނގެ ކަލޭމެނަށްޓަކައި ބިމުގައި ހައްދަވާފައިވާ އެކިއެކި ތަފާތު ކުލަކުލައިގެ ތަކެތީގައިވެސް (އެބަހީ: އެތަކެތި އެހާ ފުރިހަމަ نظام އަކުން ހައްދަވާ ތަރުތީބުކުރައްވާފައިވާކަމީ) އެތަކެތި ހެއްދެވި ފަރާތުގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ މައްޗަށް دليل ކުރާ ކަމެއްކަން ކަށަވަރެވެ. وعظ އާއި نصيحة ލިބިގަންނަ ބަޔަކަށެވެ.
-
16:14
وَهُوَ ٱلَّذِى سَخَّرَ ٱلْبَحْرَ لِتَأْكُلُوا۟ مِنْهُ لَحْمًا طَرِيًّا وَتَسْتَخْرِجُوا۟ مِنْهُ حِلْيَةً تَلْبَسُونَهَا وَتَرَى ٱلْفُلْكَ مَوَاخِرَ فِيهِ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ
Wa-Huwal laẓee sakhkharal baḥra litaʹkuloo minhu laḥmañ ṭariyyañw watastakhrijoo minhu ḥilyatañ talbasoonahaa: wa-taral fulka mawaakhira feehi wa-litabtag̣oo miñ faḍlihee wa-laʻallakum tashkuroon.
އަދި ކަނޑު ކިޔަމަންކުރެއްވީވެސް ހަމަ އެކަލާނގެއެވެ. އެއީ ކަލޭމެން އެކަނޑުގެ ތާޒާމަސް (ބާނައިގެން / ނުވަތަ ހިފައިގެން) ކެއުމަށްޓަކައެވެ. އަދި އެކަނޑުން ކަލޭމެން އަޅައިއުޅޭނޭ ގަހަނާ ނެރުމަށްޓަކައެވެ. (އެބަހީ: ގަހަނާގައި ބޭނުންކުރާ ރަންމުތާއި ތަކެތި ނެގުމަށެވެ.) އަދި ނައުފަހަރު އެކަނޑުގައި ހުންގާނު މޮއިކަފައިލާ ރާޅުތައް ފަޅަމުންދާތަން ކަލޭ ދެކޭނެއެވެ. އެއީ ﷲ ގެ فضل ވަންތަކަމުން ކަލޭމެން އެދިގަތުމަށެވެ. (އެބަހީ: ވިޔަފާރި ދަތުރު ފަދަ ދަތުރުކޮށް އޭގެ ފައިދާޔާ ލާބަ ލިބިގަތުމަށެވެ.) އަދި އެކަންކަމުން ކަލޭމެން ﷲ އަށް شكر ކުރުމުގެ مقصد ގައެވެ.
-
16:15
وَأَلْقَىٰ فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِكُمْ وَأَنْهَـٰرًا وَسُبُلًا لَّعَلَّكُمْ تَهْتَدُونَ
Wa-ʹalq̣aa fil ʹarḍi rawaasiya ʹañ tameeda bikum wa-ʹanhaarañw wasubulal laʻallakum tahtadoon:
އަދި ކަލޭމެންނާއިގެން ބިންގަނޑު حركاة ކޮށް އަދި ނުތެޅުމަށްޓަކައި އެކަލާނގެ އެބިމުގައި ވަރުގަދަ ފަރުބަދަތައް ޖައްސަވައި ހަރުކުރެއްވިއެވެ. އަދި ކަލޭމެން ބިމުގައި ހިނގާބިނގާވުމުގައި މަގުލިބިގަނެ ތަންދޮރު އެނގުމަށްޓަކައި އެކަލާނގެ އެބިމުގައި ކޯރުތަކާއި މަގުތައް ލެއްވިއެވެ.
-
16:16
وَعَلَـٰمَـٰتٍ ۚ وَبِٱلنَّجْمِ هُمْ يَهْتَدُونَ
Wa-ʻalaamaat; wa-binnajmi hum yahtadoon.
އަދި (އެކި ވަގުތުގައި) ތެދުމަގު ލިބިގަތުމަށް އެތައް ބައިވަރު علامة އެއް އެކަލާނގެ ލެއްވިއެވެ. އަދި ރޭގަނޑުގެ ވަގުތު ތަރިތަކުން އެމީހުން ތެދުމަގު ލިބިގަންނާނެގޮތް އެކަލާނގެ ލެއްވިއެވެ.
-
16:17
أَفَمَن يَخْلُقُ كَمَن لَّا يَخْلُقُ ۗ أَفَلَا تَذَكَّرُونَ
ʹAfamañy yakhluq̣u kamal laa yakhluq̣? ʹAfalaa taẓakkaroon?
އަޅެފަހެ (މި عَجائب ވާފަދަ ފުރިހަމަކޮށް) ތަކެތި ހައްދަވާ ކަލާނގެއާއި އެއްވެސް އެއްޗެއް ނުހެއްދެވޭ ތަކެއްޗާ يعني: ބުދުތަކާ އެއްވަރުހެއްޔެވެ؟ އެއްގޮތްވާނެހެއްޔެވެ؟ ނުވާނެކަން ކަށަވަރެވެ. (އެހެންވުމާ އެކުވެސް އެބުދުތަކަށް އަޅުކަންކޮށް ﷲ އާ އެއްފަދަކޮށް އެކަލާނގެއާ شريك ކުރަން ހެޔޮވާނޭހެއްޔެވެ؟) ކަލޭމެން ފަހެ وعظ އާއި نصيحة އެއް ލިބިގަނެ އެއްޗެއް ވިސްނާކަށް ނުވޭހެއްޔެވެ؟
-
16:18
وَإِن تَعُدُّوا۟ نِعْمَةَ ٱللَّهِ لَا تُحْصُوهَآ ۗ إِنَّ ٱللَّهَ لَغَفُورٌ رَّحِيمٌ
Wa-ʹiñ taʻuddoo niʻmatal laahi laa- tuḥṣoohaa: ʹinnal laaha la-G̣afoorur Raḥeem.
އަދި ކަލޭމެން ﷲ ގެ نعمة ތައް ގުނާ عدد ކުރަން އުޅުނަސް އެތަކެތި ހިމަނައި ނުގަނެވޭހާ ގިނައެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެކަން ކަށަވަރެވެ.
-
16:19
وَٱللَّهُ يَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ
Wallaahu yaʻlamu maa- tusirroona wa-maa tuʻlinoon.
އަދި ކަލޭމެން ސިއްރުގައިކުރާހާކަމަކާއި އަދި ފައުޅުގައި ކުރާހާކަމެއްވެސް ﷲ ދެނެވޮޑިގަންނަވައެވެ. (އެކަންކަމަށް އެކަލާނގެ ފުރިހަމަ جزاء ދެއްވާނެއެވެ.)
-
16:20
وَٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ لَا يَخْلُقُونَ شَيْـًٔا وَهُمْ يُخْلَقُونَ
Wallaẓeena yadʻoona miñ doonil laahi laa- yakhluq̣oona shayʹañw wahum yukhlaq̣oon.
އަދި އެމީހުން يعني: مشرك ންގެމީހުން ﷲ ފިޔަވައި އެތަކެއްޗަށްގޮވާ دعاء ކޮށް އެހަދާ ތަކެތި އެބަހީ: ބުދުތައް އެއްވެސް އެއްޗެއް ނުހަދަ އެވެ. އަދި އެތަކެތި އެއީ ހެއްދެވިގެންވާ ތަކެއްޗެވެ.
-
16:21
أَمْوَٰتٌ غَيْرُ أَحْيَآءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
ʹAmwaatun g̣ayru ʹaḥyaaaʹ: wa-maa yashʻuroona ʹayyaana yubʻas̤oon.
އެތަކެތި އެއީ މަރުވެފައިވާ ތަކެއްޗެވެ. (އެބަހީ: أصل އަށް އެތަކެތީގައި ފުރާނަ ނުވެއެވެ.) އެއީ ދިރިހުރިތަކެއްޗެއްނޫނެވެ. އެތަކެތި محشر އަށް ފޮނުއްވޭނީ ކޮންއިރަކުންކަންވެސް އެތަކެއްޗަށް ނޭނގޭނެއެވެ. ނުވަތަ އެތަކެއްޗަށް އަޅުކަންކުރި މީސްތަކުން محشر އަށް ފޮނުވޭނީ ކޮންއިރަކުންކަން އެއްވެސް ގޮތަކުން އެތަކެއްޗަށް ނޭނގޭނެއެވެ.
-
16:22
إِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ ۚ فَٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ قُلُوبُهُم مُّنكِرَةٌ وَهُم مُّسْتَكْبِرُونَ
ʹIlaahukum ʹIlaahuñw Waaḥid: fallaẓeena laa- yuʹminoona bil-ʹAakhirati q̣uloobuhum muñkiratuñw wahum mustakbiroon.
ކަލޭމެންގެ إله އަކީ ހަމަ އެއްކައުވަންތަ އެންމެ إله އެކެވެ. ފަހެ آخرة ދުވަހަށް إيمان ނުވާމީހުންގެ ހިތްތައްވަނީ މުޅިން إنكار ވެގެންނެވެ. ﷲ ގެ އެއްކައުވަންތަކަން قبول ނުކޮށެވެ. وعظ އެއް نصيحة އެއް އެއަކަށް ނުވަންނާނެއެވެ. އަދި އެމީހުން އެވަނީ ބޮޑާވެގެންނެވެ. كِبْر ވެރިވެގެންނެވެ.
-
16:23
لَا جَرَمَ أَنَّ ٱللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْتَكْبِرِينَ
Laa- jarama ʹannal laaha yaʻlamu maa- yusirroona wa-maa yuʻlinoon: ʹinnahoo laa- yuḥibbul mustakbireen.
حقّ ތެދެކެވެ. ހަމަކަށަވަރުން އެމީހުން ސިއްރުންކުރާހާކަމަކާއި އަދި އެމީހުން ފައުޅުކުރާހާ ކަމެއްވެސް ﷲ ދެނެވޮޑިގަންނަވައެވެ. ހަމަކަށަވަރުން ބޮޑާވެ كبر ވެރިވާމީހުންނަށް ﷲ ލޯބިވެވޮޑިގެން ނުވެއެވެ.
-
16:24
وَإِذَا قِيلَ لَهُم مَّاذَآ أَنزَلَ رَبُّكُمْ ۙ قَالُوٓا۟ أَسَـٰطِيرُ ٱلْأَوَّلِينَ
Wa-ʹiẓaa q̣eela lahum maaẓaaa ʹañzala Rabbukum q̣aalooo ʹasaaṭeerul ʹawwaleen?
އަދި آخرة قبول ނުކުރާމީހުންނަށް ކަލޭމެންގެ ربّ ބާވައިލެއްވީ ކޮންއެއްޗެއްތޯ އެމީހުންކުރެ އަހައިފިއްޔާ އެމީހުން ބުނާނެއެވެ. "އެކަލާނގެ ބާވައިލެއްވީ އިސްވެދިޔަމީހުން ދައްކާފައިވާ ތާކުންތާކު ނުޖެހޭ باطل ވާހަކަތަކެވެ."
-
16:25
لِيَحْمِلُوٓا۟ أَوْزَارَهُمْ كَامِلَةً يَوْمَ ٱلْقِيَـٰمَةِ ۙ وَمِنْ أَوْزَارِ ٱلَّذِينَ يُضِلُّونَهُم بِغَيْرِ عِلْمٍ ۗ أَلَا سَآءَ مَا يَزِرُونَ
Liyaḥmilooo ʹawzaarahum kaamilatañy Yawmal Q̣iyaamati wa-min ʹawzaaril laẓeena yuḍilloonahum̃ big̣ayri ʻilm. ʹAlaa saaaʹa maa- yaziroon!
އެމީހުން އެހެން އެބުނީ قيامة ދުވަހުން ހަމަ ބަރާބަރަށް ފުރިހަމައަށް އެމީހުންގެ ފާފަތައް އުފުލުމަށެވެ. އަދި އެއްވެސް އެނގުމެއްނެތި އެމީހުން މަގުފުރެއްދިމީހުންގެ ފާފައިގެތެރެއިންވެސް އުފުލުމަށެވެ. ދަންނާށެވެ! އެމީހުން އެހޯދި ފާފަޔާ ބަރުކަމުގެ ނުބައިކަމާއެވެ!
-
16:26
قَدْ مَكَرَ ٱلَّذِينَ مِن قَبْلِهِمْ فَأَتَى ٱللَّهُ بُنْيَـٰنَهُم مِّنَ ٱلْقَوَاعِدِ فَخَرَّ عَلَيْهِمُ ٱلسَّقْفُ مِن فَوْقِهِمْ وَأَتَىٰهُمُ ٱلْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ
Q̣ad makaral laẓeena miñ q̣ablihim faʹatal laahu bunyaanahum minal q̣awaaʻidi fakharra ʻalayhimus saq̣fu miñ fawq̣ihim wa-ʹataahumul ʻaẓaabu min ḥays̤u laa- yashʻuroon.
އަދި ހަމަކަށަވަރުން މި مكَة ގެ مشرك ންގެ ކުރީގެމީހުން ނުބައި ރޭވުންތައްރާވާ رسول ންނާ އިދިކޮޅަށް مَكَرُ ތައްކުރިއެވެ. ދެންފަހެ ﷲ ގެ ކޯފާގެ أمر ފުޅު އެމީހުންގެ بِنَاء ތަކަށް އައިސް ބިންގަލުން ފެށިގެން އެތަން ހަލާކުވީއެވެ. އަދި ފުރާޅުވެސް އެމީހުންގެމައްޗަށް ވެއްޓި އެމީހުން ހަލާކު ކުރެއްވީއެވެ. އެމީހުންނަށް އެއްވެސް އެނގުމެއް إحساس އެއްވެސްނެތި އެމީހުންގެމައްޗަށް عذاب އައީއެވެ. • ދަންނައެވެ! މިއާޔަތުން މިއިޝާރަތްކުރައްވާ މީހުންނަކީ نَمْرُودُ بنُ كَنْعَان އާއި އޭނާގެ މީހުންކަމުގައިވިއެވެ. އޭނާ إبراهيم عليه السّلام ގެ إله ހޯދާ އެ إله قتل ކުރުމަށް މައްޗަށް އެރުމަށް ބޮޑުގަނޑުވަރެއް އަރުވައި އުސްކުރިއެވެ. އަދި އެ ގަނޑުވަރުގެމައްޗަށް އަރައި މަތިބަލައިވެސް إله ނުފެނުނެވެ. އަދި ﷲ تعالى އެބޮޑު ބިނާ ބިންގަލުން ފެށިގެން ހަލާކުކުރައްވައި އެތާނގެ ފުރާޅުވެސް އެމީހުންގެމައްޗަށް ވައްޓައިލެއްވިއެވެ. އަދި އެސޮރު ހަތަރުސަތޭކަ އަހަރު ދުނިޔޭގައިއުޅެ ދުނިޔެ ފާސިދުކުރިއެވެ. ދެންފަހެ ﷲ تعالى އެސޮރުގެ ނޭފަތަށް މަދިރިއެއް ވައްދަވައި އެމަދިރި ސިކުނޑީގައި ދައިގަނެ ދައިގަނެ އިންނަކަމުގައިވިއެވެ. އަދި އެ نَمْرُود އަށް ލުއިވެލާކަމުގައިވަނީ މަރުތޭލަކުން އޭނާގެ ބޮޑުގައި ތެޅީމައެވެ. އޭނާ މަރުވިކަމުގައިވަނީ އެތެޅުމުގެ ތެރޭގައިކަމުގައިވިއެވެ. والله أعلم = تفسير الطّبرى =
-
16:27
ثُمَّ يَوْمَ ٱلْقِيَـٰمَةِ يُخْزِيهِمْ وَيَقُولُ أَيْنَ شُرَكَآءِىَ ٱلَّذِينَ كُنتُمْ تُشَـٰٓقُّونَ فِيهِمْ ۚ قَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ إِنَّ ٱلْخِزْىَ ٱلْيَوْمَ وَٱلسُّوٓءَ عَلَى ٱلْكَـٰفِرِينَ
S̤umma Yawmal Q̣iyaamati yukhzeehim wa-yaq̣oolu ʹayna shurakaaaʹiyal laẓeena kuñtum tushaaaq̣q̣oona feehim? Q̣aalal laẓeena ʹootul ʻilma ʹinnal khizyal yawma wassoooʹa ʻalal kaafireen,―
ދެން قيامة ދުވަހުން ﷲ تعالى އެމީހުން ދެރަކުރައްވައި ނިކަމެތިކުރައްވާހުއްޓެވެ. އަދި އެމީހުނަށް އެކަލާނގެ وحي ކުރައްވާހުއްޓެވެ. ކަލޭމެން ތިމަންރަސްކަލާނގެއާ އިދިކޮޅަށް خلاف އަށް ގެންގުޅުނު شريك ންތައް ކޮބައިހެއްޔެވެ؟ ދެންފަހެ علم ވެރިން ބުނާނެއެވެ. ހަމަކަށަވަރުން މިއަދުގެ ދެރަކަމާއި ނުބައިކަން ކާފަރުންގެމައްޗަށް ހުންނަހުއްޓެވެ.
-
16:28
ٱلَّذِينَ تَتَوَفَّىٰهُمُ ٱلْمَلَـٰٓئِكَةُ ظَالِمِىٓ أَنفُسِهِمْ ۖ فَأَلْقَوُا۟ ٱلسَّلَمَ مَا كُنَّا نَعْمَلُ مِن سُوٓءٍۭ ۚ بَلَىٰٓ إِنَّ ٱللَّهَ عَلِيمٌۢ بِمَا كُنتُمْ تَعْمَلُونَ
ʹAllaẓeena tatawaffaahumul malaaaʹikatu z̤̣aalimeee ʹañfusihim. Faʹalq̣awus salama maa- kunnaa naʻmalu miñ soooʹ. Balaaa ʹInnal laaha ʻAleemum bimaa kuntum taʻmaloon.
މިބުނާ ކާފަރުންނަކީ އެމީހުން އެމީހުންގެ نفس ތަކަށް އަނިޔާވެރިވެގެންވާ حال މަލާއިކަތްބޭކަލުން އެމީހުންގެ ފުރާނަތައް ހިއްޕަވާނެ މީހުންނެވެ. އަދި އެމީހުން އެދުވަހުން ﷲ ގެ أمر ފުޅަށް ކިޔަމަންތެރިވެ ބޯލަނބާހުއްޓެވެ. (އަދި އެމީހުން އެދުވަހުން ދަންނަވާނެއެވެ.) އަޅަމެން އެއްވެސް ނުބައިކަމެއް ނުކުރަމެވެ. (އޭގެ ޖަވާބުގައި ﷲ تعالى وحي ކުރައްވާނެތެވެ.) އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންކުރާ ކަމުގައިވި ކަންތައްތައް ﷲ تعالى ހަމަކަށަވަރުން ދެނެވޮޑިގަންނަވައެވެ.
-
16:29
فَٱدْخُلُوٓا۟ أَبْوَٰبَ جَهَنَّمَ خَـٰلِدِينَ فِيهَا ۖ فَلَبِئْسَ مَثْوَى ٱلْمُتَكَبِّرِينَ
Fadkhulooo ʹabwaaba Jahannama khaalideena feeha. Falabiʹsa mas̤wal mutakabbireen.
(އަދި އެމީހުންނަށް އެންގޭނެއެވެ.) ކަލޭމެން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! އެތާ ދެމިތިބޭގޮތަށެވެ. ހަމަކަށަވަރުން ބޮޑާވެ كِبْرُ ވެރިވީމީހުންގޮސް ތިބޭތަން ވަރަށްވެސް ނުބައިވެގެންވެއެވެ.
-
16:30
۞ وَقِيلَ لِلَّذِينَ ٱتَّقَوْا۟ مَاذَآ أَنزَلَ رَبُّكُمْ ۚ قَالُوا۟ خَيْرًا ۗ لِّلَّذِينَ أَحْسَنُوا۟ فِى هَـٰذِهِ ٱلدُّنْيَا حَسَنَةٌ ۚ وَلَدَارُ ٱلْـَٔاخِرَةِ خَيْرٌ ۚ وَلَنِعْمَ دَارُ ٱلْمُتَّقِينَ
Wa-q̣eela lillaẓeenat taq̣aw maaẓaaa ʹañzala Rabbukum? Q̣aaloo khayraa. Lillaẓeena ʹaḥsanoo fee haaẓihid dunyaa ḥasanah. Wa-la-Daarul ʹAakhirati khayr. Wa-laniʻma Daarul Muttaq̣een,―
އަދި تقوى ވެރިވާ މީހުންނަށް ބުނެވޭނެއެވެ. އެމީހުންކުރެން އެހެވޭނެއެވެ. ކަލޭމެންގެ ربّ ބާވައިލެއްވީ ކޮންއެއްޗެއްތޯއެވެ؟ އެމީހުން ދަންނަވާނެއެވެ. "އެކަލާނގެ ބާވައިލެއްވީ ހެވެވެ." އަދި މިދުނިޔޭގައި إحسان ތެރިވީ މީސްތަކުންނަށް (އެބަހީ: ﷲ އާއި رسول އާއަށް إيمان ވެ ހެޔޮ عمل ކުރިމީހުންނަށް) ހެޔޮކަން ހުއްޓެވެ. އެބަހީ: ދުނިޔޭގެ حياة ގައި ﷲ ގެ كرامة އާއި މާތްކަން ހުއްޓެވެ. އަދި آخرة ގެ ގޮވަތި މާހެޔޮވެގެންވެއެވެ. އަދި تقوى ވެރިވީ މީސްތަކުންގެ ގޮވައްޗަކީ ކަނޑައެޅިގެން نعمة ގެ ގޮވައްޗެވެ.
-
16:31
جَنَّـٰتُ عَدْنٍ يَدْخُلُونَهَا تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ لَهُمْ فِيهَا مَا يَشَآءُونَ ۚ كَذَٰلِكَ يَجْزِى ٱللَّهُ ٱلْمُتَّقِينَ
Jannaatu ʻAdniñy yadkhuloonahaa tajree miñ taḥtihal ʹanhaaru lahum feehaa maa- yashaaaʹoon: kaẓaalika yajzil laahul Muttaq̣een,―
އެއީ قائم ވެތިބޭ ބަގީޗާތަކެވެ. ސުވަރުގެތަކެވެ. (އެއީ تقوى ވެރިންގެ آخرة ގެގޮވައްޗެވެ.) އެތަންތާނގެ ދަށުން އާރުތައް ހިނގާނެއެވެ. (އާރުތައް ދެމޭނެއެވެ.) އެމީހުންނަށް އެތާނގައި އެމީހުން އެދޭހާ އެއްޗެއްވެއެވެ. ﷲ تعالى تقوى ވެރިންނަށް جزاء ދެއްވަނީ އެފަދައިންނެވެ.
-
16:32
ٱلَّذِينَ تَتَوَفَّىٰهُمُ ٱلْمَلَـٰٓئِكَةُ طَيِّبِينَ ۙ يَقُولُونَ سَلَـٰمٌ عَلَيْكُمُ ٱدْخُلُوا۟ ٱلْجَنَّةَ بِمَا كُنتُمْ تَعْمَلُونَ
ʹAllaẓeena tatawaffaahumul malaaaʹikatu ṭayyibeena yaq̣ooloona Salaamun ʻalaykumud khulul Jannata bimaa kuñtum taʻmaloon.
އެމީހުންނަކީ އެބަހީ: އެ تقوى ވެރިންނަކީ - އެމީހުން طاهر ވެ މާތްވެގެންވާ حال އެމީހުންގެ ފުރާނަތައް ملائكة ބޭކަލުން ހިއްޕަވާ މީހުންނެވެ. މަރުގަންނަވާ ބޭކަލުންނެވެ. އަދި އެ ملائكة ބޭކަލުން ވިދާޅުވާނެއެވެ. "ކަލޭމެންގެ މައްޗަށް سلام ހުއްޓެވެ. (އަމާންކަންހުއްޓެވެ.) ކަލޭމެން (ދުނިޔޭގައި ތިބިއިރު) ކުރަމުންގެންދިޔަ (ރަނގަޅު) ކަންތަކުގެ ސަބަބުން ކަލޭމެން ސުވަރުގެ ވަންނާށެވެ!"
-
16:33
هَلْ يَنظُرُونَ إِلَّآ أَن تَأْتِيَهُمُ ٱلْمَلَـٰٓئِكَةُ أَوْ يَأْتِىَ أَمْرُ رَبِّكَ ۚ كَذَٰلِكَ فَعَلَ ٱلَّذِينَ مِن قَبْلِهِمْ ۚ وَمَا ظَلَمَهُمُ ٱللَّهُ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ
Hal yañz̤̣uroona ʹillaaa ʹañ taʹtiyahumul malaaaʹikatu ʹaw yaʹtiya ʹAmru Rabbik? Kaẓaalika faʻalal laẓeena miñ q̣ablihim. Wa-maa z̤̣alamahumul laahu wa-laakiñ kaanooo ʹañfusahum yaz̤̣limoon.
އެމީހުންގެގާތަށް - އެބަހީ: އެ مكّة ގެ مشرك ންގެ ގާތަށް - އެމީހުންގެ ފުރާނަތައް ހިއްޕެވުމަށް ملائكة ބޭކަލުން ވަޑައިގެންނެވުމަށްމެނުވީ އެމީހުން އެބަ إنتطار ކުރޭހެއްޔެވެ؟ ނުވަތަ ކަލޭގެފާނުންގެ ربّ ގެ أمر ފުޅު އައުމަށްމެނުވީ އެމީހުން އެބަ إنتطار ކުރޭހެއްޔެވެ؟ (އެމީހުން އެ إنتطار ކުރަނީ އެކަމަށެވެ.) (އެކަލާނގެ أمر ފުޅޭ ބުނެވުނު ބަހުގެ مراد އަކީ ދުނިޔޭގައި އެމީހުންނަށް عذاب އައުމެވެ. ނުވަތަ محشر އަށް ފޮނުއްވުމެވެ.) مكّة ގެ مشرك ންގެ ކުރީގެ مشرك ންވެސް ކަންތައްކުރީ ހަމައެފަދައިންނެވެ. އަދި ﷲ އެމީހުންނަށް އަނިޔާވެރިވެވޮޑި ނުގަންނަވައެވެ. އަދި އެކަމަކު އެމީހުންވީ އެމީހުންގެ އަމިއްލަ نفس ތަކަށް އަނިޔާކުރާ ބަޔަކުކަމުގައެވެ.
-
16:34
فَأَصَابَهُمْ سَيِّـَٔاتُ مَا عَمِلُوا۟ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ
Faʹaṣaabahum sayyiʹaatu maa- ʻamiloo waḥaaq̣a bihim maa kaanoo bihee yastahziʹoon.
ދެންފަހެ އެމީހުން ކުރިކަންތަކުގެ ނުބައިކަން އެބަހީ: ފާފައިގެ عقوبة އެމީހުންނަށް ޖެހިއްޖެއެވެ. އަދި އެކަމަކާއިމެދު އެމީހުން މަލާމާތްކޮށް ފުރައްސާރަކުރި ކަންތައް އެބަހީ: (ﷲ ގެ ކޯފާއާއި عذاب) އެމީހުން ލާވަށައިލައިފިއެވެ.
-
16:35
وَقَالَ ٱلَّذِينَ أَشْرَكُوا۟ لَوْ شَآءَ ٱللَّهُ مَا عَبَدْنَا مِن دُونِهِۦ مِن شَىْءٍ نَّحْنُ وَلَآ ءَابَآؤُنَا وَلَا حَرَّمْنَا مِن دُونِهِۦ مِن شَىْءٍ ۚ كَذَٰلِكَ فَعَلَ ٱلَّذِينَ مِن قَبْلِهِمْ ۚ فَهَلْ عَلَى ٱلرُّسُلِ إِلَّا ٱلْبَلَـٰغُ ٱلْمُبِينُ
Wa-q̣aalal laẓeena ʹashrakoo law shaaaʹal laahu maa- ʻabadnaa miñ doonihee miñ shayʹin naḥnu wa-laaa ʹaabaaaʹunaa wa-laa ḥarramnaa miñ doonihee miñ shayyʹ. Kaẓaalika faʻalal laẓeena miñ q̣ablihim Fahal ʻalar rusuli ʹillal Balaag̣ul Mubeen?
އަދި ﷲ އާއި އެހެނިހެން ފަރާތްތަކާއި شريك ކުރި މީހުން ބުންޏެވެ. ﷲ އިރާދަކުރެއްވިނަމަ އަހުރެމެންވެސް އަދި އަހުރެމެންގެ ކާބަފައިންވެސް އެކަލާނގެ ފިޔަވައި އެހެން އެއްވެސް އެއްޗަކަށް އަޅުކަން ނުކުރީމުހެވެ. އަދި އެކަލާނގެ حرام ކުރެއްވި އެއްޗެއް މެނުވީ حرام ވެސް ނުކުރީހެވެ. އަދި އެމީހުންގެ ކުރީގެ މީހުންވެސް ހަމަ ކަންތައްކުރީ ހަމައެފަދައިންނެވެ. ފަހެ بيان ވެގެންވާފަދައިން އިއްވައިދެއްވުންމެނުވީ رسول ބޭކަލުންގެމައްޗަށް އެބަ واجب ވެގެންވޭހެއްޔެވެ؟ އެބަހީ: އެބޭކަލުންގެ މައްޗަށް އޮތްކަމަކީ رسول ކަން ﷲ އެންގެވިފަދައަކުން އެންގެވި ބަޔަކަށް އިއްވައިދެއްވުމެވެ. މީސްތަކުންގެ عمل ތައް حساب ކުރައްވައި އެއަށް جزاء ދެއްވުމަކީ ﷲ އަށް خاصّ ވެގެންވާކަމެކެވެ.
-
16:36
وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُوا۟ ٱلطَّـٰغُوتَ ۖ فَمِنْهُم مَّنْ هَدَى ٱللَّهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ ٱلضَّلَـٰلَةُ ۚ فَسِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُكَذِّبِينَ
Wa-laq̣ad baʻas̤naa fee kulli ʹummatir rasoolan ʹaniʻ budul laaha wajtanibuṭ Ṭaag̣oot; faminhum man hadal laahu wa-minhum man ḥaq̣q̣at ʻalayhiḍ ḍalaalah. Faseeroo fil ʹarḍi fañz̤̣uroo kayfa kaana ʻaaq̣ibatul mukaẓẓibeen.
އަދި ހަމަކަށަވަރުން ކޮންމެ أمّة އަކަށް ތިމަންރަސްކަލާނގެ رسول ބޭކަލަކު ފޮނުއްވީމެވެ. (އެއީ އެބޭކަލުން އެ أمّة ތަކަށް އަންގަވާ أمر ކުރެއްވުމަށެވެ. (ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އަދި ކަލޭމެން طاغوت އާ ދުރުވެ އެއްފަރާތްވާށެވެ! (طاغوت އަކީ ﷲ ފިޔަވައި އަޅުކަންވެވޭ ކޮންމެ އެއްޗަކަށް عامّ ކޮށް ކިޔާނަމެކެވެ. އެއަށް تفصيل ބޭނުންވެއެވެ. އެވާހަކަ އެހެން مقام އެއްގައި އަދި بيان ކުރާނީއެވެ. إن شاء ﷲ)\nދެންފަހެ އެމީހުންގެތެރޭގައި އެމީހުނަށް ﷲ ތެދުމަގު ދެއްކެވި މީހުންވެއެވެ. އަދި އެމީހުންގެ މައްޗަށް މަގުފުރެދުން حقّ ވީމީހުންވެއެވެ. ފަހެ ކަލޭމެން ބިމުގައި ހިނގާބިނގާ ދަތުރުފަތުރުކޮށް ހަދައިބަލާށެވެ! އަދި ދޮގުވެރިންގެ ފަހުކޮޅު އެމީހުންގެ ނިމުންވީ ކޮންފަދައަކުންކަން ދެކިބަލާށެވެ!
-
16:37
إِن تَحْرِصْ عَلَىٰ هُدَىٰهُمْ فَإِنَّ ٱللَّهَ لَا يَهْدِى مَن يُضِلُّ ۖ وَمَا لَهُم مِّن نَّـٰصِرِينَ
ʹIñ taḥriṣ ʻalaa hudaahum faʹinnal laaha laa- yahdee mañy yuḍillu wa-maa lahum min naaṣireen.
(އޭ رسول ﷲ އެވެ!) އެމީހުންނަށް ތެދުމަގު ލިބުމުގެމައްޗަށް ކަލޭގެފާނު ދަހިވެތިވެ ވަޑައިގެންނެވިނަމަވެސް (އެއަކީ އެހެން އޮތްކަމެއްނޫނެވެ.) އެހެނީ ހަމަކަށަވަރުން އެކަލާނގެ މަގުފުރައްދަވާ އަޅަކަށް އެކަލާނގެ ތެދުމަގު ނުދައްކަވާހުއްޓެވެ. އެފަދަ މީހުންނަށް އެއްވެސް نصر ވެރިއަކު ނުވެއެވެ.
-
16:38
وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ ۙ لَا يَبْعَثُ ٱللَّهُ مَن يَمُوتُ ۚ بَلَىٰ وَعْدًا عَلَيْهِ حَقًّا وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
Wa-ʹaq̣samoo billaahi jahda ʹaymaanihim laa- yabʻas̤ul laahu mañy yamoot: balaa waʻdan ʻalayhi ḥaq̣q̣añw walaakinna ʹaks̤aran naasi laa- yaʻlamoon.
އަދި އެމީހުން يعني: مكّة ގެ قريش ން ﷲ ގަންދީ ގަދަހުވައިކޮށްފާ ބުނެއެވެ. "މަރުވެއްޖެމީހަކު ދެން ﷲ تعالى محشر އަށް ނުފޮނުއްވާހުއްޓެވެ." (އޭގެ ޖަވާބުގައި ﷲ އެ وحي ކުރައްވަނީ) އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ. (އަޅުތަކުން މަރުވުމަށްފަހު محشر އަށް ފޮނުއްވާނެކަމަށް އެކަލާނގެ ކުރައްވާފައިވާ وعد ފުޅަކީ) ހަމައެކަލާނގެ حضرة އަށްވާ حقّ وعد ފުޅެކެވެ. އަދި އެހެންނަމަވެސް ގިނަމީސްތަކުންނަކަށް އެގޮތެއް ނޭނގެއެވެ.
-
16:39
لِيُبَيِّنَ لَهُمُ ٱلَّذِى يَخْتَلِفُونَ فِيهِ وَلِيَعْلَمَ ٱلَّذِينَ كَفَرُوٓا۟ أَنَّهُمْ كَانُوا۟ كَـٰذِبِينَ
Liyubayyina lahumul laẓee yakhtalifoona feehi wa-liyaʻlamal laẓeena kafarooo ʹannahum kaanoo kaaẓibeen.
(އެކަލާނގެ އަޅުތަކުން محشر އަށް ފޮނުއްވަނީ) އެކަމަކާ މެދު އެބައިމީހުން ދެބަސްވެ إختلاف ވާކަންތައް އެމީހުންނަށް ބަޔާންކޮށްދެއްވުމަށާއި އަދި ކާފަރުވީ މީސްތަކުންނަށް ތިމާމެންނީ ހަމަކަށަވަރުން ދޮގުވެރިންކަން އެންގެވުމަށެވެ.
-
16:40
إِنَّمَا قَوْلُنَا لِشَىْءٍ إِذَآ أَرَدْنَـٰهُ أَن نَّقُولَ لَهُۥ كُن فَيَكُونُ
ʹInnamaa q̣awlunaa lishayʹin ʹiẓaaa ʹaradnaahu ʹan naq̣oola lahoo Kuñ Fayakoon.
ތިމަންރަސްކަލާނގެ އެއްޗެއް (ހެއްދެވުމަށް) އިރާދަކުރައްވައިފިއްޔާ އެއެއްޗަކަށް ތިމަންރަސްކަލާނގެ وحي ކުރައްވާކަންކަށަވަރީ ވާށޭ މިފަދައިންނެވެ. އެހައިރުން އެއެއްޗެއް އެވަނީއެވެ. އެ އުފެދެނީއެވެ. (މީސްތަކުން މަރުވުމަށްފަހު އެމީހުން ދިރުވައި محشر ކުރެއްވުމަކީވެސް ހަމައެފަދަ ކަމެކެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ލުއިކަމެކެވެ.)
-
16:41
وَٱلَّذِينَ هَاجَرُوا۟ فِى ٱللَّهِ مِنۢ بَعْدِ مَا ظُلِمُوا۟ لَنُبَوِّئَنَّهُمْ فِى ٱلدُّنْيَا حَسَنَةً ۖ وَلَأَجْرُ ٱلْـَٔاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ
Wallaẓeena haajaroo fil laahi mim baʻdi maa- z̤̣ulimoo lanubawwiʹannahum fid dunyaa ḥasanah; wa-laʹajrul ʹAakhirati ʹakbar. Law kaanoo yaʻlamoon!
އަދި އަނިޔާލިބެވުމަށްފަހު ﷲ ގެ މަގުގައި هجرة ކުރިމީހުން ދަންނައެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުން ދުނިޔޭގައި ރަނގަޅުތަނެއްގައި ވަޒަންވެރިކުރުވާހުށީމެވެ. ހަމަޖައްސައިދެއްވާހުށީމެވެ. (އެރަނގަޅު ތަނަކީ مدينة ކަމުގައި ރިވާވެގެންވެއެވެ.) އަދި އެމީހުންނަށް އެނގޭނަމަ آخرة ގެ އުޖޫރަޔާއި ދަރުމަ މާބޮޑުވެގެންވެއެވެ.
-
16:42
ٱلَّذِينَ صَبَرُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
ʹAllaẓeena ṣabaroo wa-ʻalaa Rabbihim yatawakkaloon.
އެމީހުންނަކީ ކެތްތެރިވީމީހުންނެވެ. އަދި ކަނޑައެޅިގެން އެމީހުންގެ ربّ އަށް އެކަނި وكيل ކުރާމީހުންނެވެ. އިތުބާރުކުރާ މީހުންނެވެ.
-
16:43
وَمَآ أَرْسَلْنَا مِن قَبْلِكَ إِلَّا رِجَالًا نُّوحِىٓ إِلَيْهِمْ ۚ فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ
Wa-maaa ʹarsalnaa miñ q̣ablika ʹillaa rijaalan nooḥeee ʹilayhim, fasʹalooo ʹahlaẓ Ẓikri ʹiñ kuñtum laa- taʻlamoon,―
(އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ކުރީގައިވެސް ހަމަ ފިރިހެނުންމެނުވީ ތިމަންރަސްކަލާނގެ رسول ކަމާއިގެން ނުފޮނުއްވަމެވެ. (އެބަހީ: رسول ކަމާއިގެން ފޮނުއްވީ ހަމަ آدم ގެދަރިންކުރެ ފިރިހެނުންނެވެ. ملائكة ންނެއްނޫނެވެ.) ތިމަންރަސްކަލާނގެ އެބޭކަލުންނަށް وحي ބާވައިލައްވަމެވެ. (އޭ رسول ﷲ ގެ رسول ކަން قبول ނުކުރާމީހުންނެވެ!) ކަލޭމެންނަށް ނޭނގެންޏާ ذِكْر ގެ أهل ވެރިންކުރެން ކަލޭމެން ނިކަންއަހައި ބަލާށެވެ! (ذِكر ގެ أهل ވެރިންނަކީ أهل كتاب ންކުރެ علم ވެރި مؤمن ންނެވެ. ނުވަތަ قرآن ގެ أهل ވެރިންނެވެ.)
-
16:44
بِٱلْبَيِّنَـٰتِ وَٱلزُّبُرِ ۗ وَأَنزَلْنَآ إِلَيْكَ ٱلذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ
Bil-Bayyinaati waz-Zubur; wa-ʹañzalnaaa ʹilaykaẓ Ẓikra litubayyina linnaasi maa- nuzzila ʹilayhim wa-laʻallahum yatafakkaroon.
(އެރަސޫލުބޭކަލުން ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީ) بيان ވެގެންވާ حجّة އާއި دليل ތަކާއި ފޮތްތަކާއިގެންނެވެ. އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ذِكر އެބަހީ: ކީރިތި قرآن މިބާވައިލައްވަނީ މީސްތަކުންނަށް ބާވައިލެއްވުނުތަކެތި ކަލޭގެފާނު އެމީހުންނަށް ބަޔާންކޮށް ދެއްވުމަށެވެ. އަދި އެމީހުން ވިސްނާ فِكر ކުރުމަށްޓަކައެވެ. އެކަމުގެ مقصد ގައެވެ.
-
16:45
أَفَأَمِنَ ٱلَّذِينَ مَكَرُوا۟ ٱلسَّيِّـَٔاتِ أَن يَخْسِفَ ٱللَّهُ بِهِمُ ٱلْأَرْضَ أَوْ يَأْتِيَهُمُ ٱلْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ
ʹA-faʹaminal laẓeena makarus sayyiʹaati ʹañy yakhsifal laahu bihimul ʹarḍa ʹaw yaʹtiyahumul ʻaẓaabu min ḥays̤u laa- yashʻuroon?
(مؤمن ންނަށް އަނިޔާކޮށް އަދި) އެމީހުނާމެދު ނުބައިގޮތްތައް ރޭވި އަދި ރާވާ މީހުން އެތިބީ ﷲ އެމީހުންނާއިގެން ބިންގަނޑު ގަންބަވައިގަތުމާ މެދު ނުވަތަ އެމީހުންނަށް إحساس ވެސް ނުވެތިއްބާ عذاب އެމީހުންނަށް އައުމާމެދު އަމާންވެގެންހެއްޔެވެ؟ (އެބަހީ: އެއިން ކަމެއްނުވާނެކަމާ މެދު ހިތްހަމަޖެހި އަމާންވެގެންހެއްޔެވެ؟)
-
16:46
أَوْ يَأْخُذَهُمْ فِى تَقَلُّبِهِمْ فَمَا هُم بِمُعْجِزِينَ
ʹAw yaʹkhuẓahum fee taq̣allubihim famaa hum̃ bimuʻjizeen?―
ނުވަތަ އެމީހުން އެކިއެކި ކަންކަމުގައި حركاة ތެރިވެ ދަތުރުފަތުރުކުރުމުގެ ތެރޭގައި އެކަލާނގެ އެމީހުން ހިއްޕަވައި ހަލާކުކުރެއްވުމާއިމެދު (އެމީހުން އެތިބީ އަމާންވެގެންހެއްޔެވެ؟) ފަހެ އެފަދަކަމެއް ﷲ ކުރެއްވިޔަސް އެކަލާނގެ ނުކުޅައްދައިލެވޭނެބަޔަކުކަމުގައި އެމީހުން ނުވެއެވެ.
-
16:47
أَوْ يَأْخُذَهُمْ عَلَىٰ تَخَوُّفٍ فَإِنَّ رَبَّكُمْ لَرَءُوفٌ رَّحِيمٌ
ʹAw yaʹkhuẓahum ʻalaa takhawwuf: faʹinna Rabbakum la-Raʹoofur Raḥeem.
ނުވަތަ ބިރުވެރިގޮތަކަށް އެކަލާނގެ އެމީހުން ހިއްޕެވުމާ މެދު އެމީހުން އެތިބީ އަމާންވެގެންހެއްޔެވެ؟ އެއީ މީހުން މަރުއްވައި މަދުކުރައްވައި ހަލާކުކުރެއްވުމުންނެވެ.) ފަހެ ހަމަކަށަވަރުން ކަލޭމެންގެ ކަލާނގެއީ ކަނޑައެޅިގެން އޯގާވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެކަންކަށަވަރެވެ. (އެހެނީ އަޅުތަކުންގެ އުރެދުންތައް ގިނަވުމާ އެކުވެސް އެމީހުންގެމައްޗަށް ބޮޑު عقوبة އެއް އެކަލާނގެ ނުފޮނުއްވައި ލަސްކުރައްވާފައިވެއެވެ.)
-
16:48
أَوَلَمْ يَرَوْا۟ إِلَىٰ مَا خَلَقَ ٱللَّهُ مِن شَىْءٍ يَتَفَيَّؤُا۟ ظِلَـٰلُهُۥ عَنِ ٱلْيَمِينِ وَٱلشَّمَآئِلِ سُجَّدًا لِّلَّهِ وَهُمْ دَٰخِرُونَ
ʹA-walam yaraw ʹilaa maa- khalaq̣al laahu miñ shayʹiñy yatafayyaʹu z̤̣ilaaluhoo ʻanil yameeni washshamaaaʹili sujjadal lillaahi wa-hum daakhiroon?
އެމީހުން يعني: مؤمن ންނާއިމެދު ނުބައިގޮތްތައް ރާވާ މީހުން ﷲ ހައްދަވާފައިވާ އެކިބާވަތުގެ ތަކެއްޗަށް ބަލާ ވިސްނާ فِكر ކޮށް ނުހަދަނީބާވައެވެ؟ (އެއީ ގަސްގަހާގެއްސާއި ފަރުބަދަޔާއި ކަނޑާއި ދެންވެސް ކޮންމެ އެއްޗެކެވެ.) ފަހެ އެތަކެތީގެ ހިޔަނި ކަނާތްފަރާތަށާއި ވައަތްފަރާތަށް ލެނބެއެވެ. ނުވަތަ ދުވާލުގެ ހެނދުނުކޮޅާއި ހަވީރުކޮޅު ދެއިރު ދެއަތަށް ލެނބެއެވެ. އެއީ އެތަކެތި ދެރަވެ ނިކަމެތިވެގެންވާ حال ﷲ އަށް سجدة ކުރުމަށެވެ.
-
16:49
وَلِلَّهِ يَسْجُدُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ مِن دَآبَّةٍ وَٱلْمَلَـٰٓئِكَةُ وَهُمْ لَا يَسْتَكْبِرُونَ
Wa-lillaahi yasjudu maa- fis samaawaati wa-maa fil ʹarḍi miñ daaabbatiñw walmalaaaʹikatu wa-hum laa- yastakbiroon,
އަދި އުޑުތަކާއި ބިމުގައިވާހާތަކެތި އޭގެތެރޭގައި ކޮންމެ دَابّة އެއްވިޔަސް އެބަހީ: ދިރޭ ކޮންމެއެއްޗެއްވިޔަސް އަދި ملائكة ބޭކަލުންވެސް ކަނޑައެޅިގެން ﷲ އަށް سجدة ކުރެއެވެ. އަދި އެބޭކަލުންނާއި އެތަކެތި އެކަލާނގެއަށް سجدة ކުރުމާމެދު ބޮޑާވެ كِبْرُ ވެރިނުވެއެވެ.
-
16:50
يَخَافُونَ رَبَّهُم مِّن فَوْقِهِمْ وَيَفْعَلُونَ مَا يُؤْمَرُونَ ۩
Yakhaafoona Rabbahum miñ fawq̣ihim wayafʻaloona maa- yuʹmaroon.
އަދި އެބޭކަލުންގެމަތީގައިވާ އެބޭކަލުންގެ ربّ އަށް އެބޭކަލުން ބިރުވެތިވެވަޑައިގަންނަވައެވެ. އަދި އެބޭކަލުންނަށް އަމުރުވެވުނު ކަންތައް އެބޭކަލުން ކުރައްވައެވެ.
-
16:51
۞ وَقَالَ ٱللَّهُ لَا تَتَّخِذُوٓا۟ إِلَـٰهَيْنِ ٱثْنَيْنِ ۖ إِنَّمَا هُوَ إِلَـٰهٌ وَٰحِدٌ ۖ فَإِيَّـٰىَ فَٱرْهَبُونِ
Waq̣aalal laahu laa- tattakhiẓooo ʹilaahaynis̤ nayn: ʹinnamaa Huwa ʹIlaahuñw Waaḥid: faʹiyyaaya farhaboon.
އަދި ﷲ تعالى وحي ކުރެއްވިއެވެ. (އޭ މީސްތަކުންނޭވެ!) ކަލޭމެން ދެ إله ން ހިފާ إختيار ނުކުރާށެވެ! (ﷲ އާއި އެހެން އެއްޗަކާއި ބައިވެރިކޮށް (شريك) ނުކުރާށެވެ! ހަމަކަށަވަރުން އެކަލާނގެ އެއީ އެއްކައުވަންތަ އެއް إله އެކެވެ. ފަހެ ކަލޭމެން ތިމަންރަސްކަލާނގެއަށް އެކަނި ބިރުވެތިވާހުށިކަމެވެ!
-
16:52
وَلَهُۥ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلَهُ ٱلدِّينُ وَاصِبًا ۚ أَفَغَيْرَ ٱللَّهِ تَتَّقُونَ
Walahoo maa- fis samaawaati wal-ʹarḍi wa-lahud Deenu waaṣibaa: ʹafag̣ayral laahi tattaq̣oon?
އަދި އުޑުތަކާއި ބިމުގައިވާހާތަކެތި އެކަލާނގެއަށް خاصّ ވެ ملك ވެގެންވެއެވެ. އަދި އަޅުކަން އަބަދާއަބަދު ދާއިމީގޮތުގައި (ކިޔަމަންތެރިކަމާއި إخلاص ތެރިކަމާ އެކު) ވެވުން حقّ ވަނީ ހަމައެކަނި އެކަލާނގެއަށެވެ. އަޅެފަހެ ﷲ ނޫން ފަރާތަކަށް ކަލޭމެން ބިރުވެތިވަނީހެއްޔެވެ؟ (ނުވަތަ ބިރުވެތިވާންވީހެއްޔެވެ؟) އެއީ އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއްނޫނެވެ.
-
16:53
وَمَا بِكُم مِّن نِّعْمَةٍ فَمِنَ ٱللَّهِ ۖ ثُمَّ إِذَا مَسَّكُمُ ٱلضُّرُّ فَإِلَيْهِ تَجْـَٔرُونَ
Wa-maa bikum min niʻmatiñ faminal laahi s̤umma ʹiẓaa massakumuḍ ḍurru faʹilayhi tajʹaroon;
އަދި ކަލޭމެންނަށްވާނަމަ ވާހާ نعمة އަކީ ހަމަ ﷲ ގެ حضرة ންވާ نعمة އެވެ. ދެން އަދި ކަލޭމެންނަށް (ތަދުމަޑުކަމުގެގޮތުންވެސް އަދި ބަލިމަޑުކަމުގެގޮތުންވެސް އަދި ބިރުވެތިކަމުގެގޮތުންވިޔަސް) އުނދަގުލެއް ޖެހިއްޖެއްޔާ ކަލޭމެން އެކަލާނގެ حضرة އަށް ގޮވާ އާދޭސްކުރެއެވެ.
-
16:54
ثُمَّ إِذَا كَشَفَ ٱلضُّرَّ عَنكُمْ إِذَا فَرِيقٌ مِّنكُم بِرَبِّهِمْ يُشْرِكُونَ
S̤umma ʹiẓaa kashafaḍ ḍurra ʻañkum ʹiẓaa fareeq̣um miñkum̃ bi-Rabbihim yushrikoon.
ދެން ކަލޭމެންގެ ކިބައިން އެއުނދަގޫ އެކަލާނގެ ދުރުކޮށްދެއްވާ كشف ކުރައްވައިފިއްޔާ ކަލޭމެންގެތެރެއިން ބަޔަކު އެމީހުންގެ ربّ އަށް شريك ކުރެއެވެ.
-
16:55
لِيَكْفُرُوا۟ بِمَآ ءَاتَيْنَـٰهُمْ ۚ فَتَمَتَّعُوا۟ ۖ فَسَوْفَ تَعْلَمُونَ
Liyakfuroo bimaaa ʹaataynaahum! Fatamattaʻoo; fasawfa taʻlamoon!
އެއީ އެމީހުނަށް ތިމަންރަސްކަލާނގެ ދެއްވި نعمة އަށް ދެކޮޅުހަދާ ކާފަރުވުމަށްޓަކައެވެ. ފަހެ ކަލޭމެން (މިދުނިޔޭގައި) މަޖާނަގައި އަރާމުކޮށްބަލާށެވެ! ފަހެ ނިކަންހުރެ (ތިޔަކަމުގެ ނުބައި) ކަލޭމެން ދެކޭނެއެވެ. އެކަން އެނގިދާނެއެވެ.
-
16:56
وَيَجْعَلُونَ لِمَا لَا يَعْلَمُونَ نَصِيبًا مِّمَّا رَزَقْنَـٰهُمْ ۗ تَٱللَّهِ لَتُسْـَٔلُنَّ عَمَّا كُنتُمْ تَفْتَرُونَ
Wa-yajʻaloona limaa laa- yaʻlamoona naṣeebam mimmaa razaq̣naahum! Tallaahi latusʹalunna ʻammaa kuñtum taftaroon.
އަދި އެމީހުނަށް (އެއްވެސް حقيقة އެއް އަދި ގެއްލުމެއް منفع އެއް) ވާކަން ނޭނގޭތަކެއްޗަށް އެބަހީ: ބުދުތަކަށް ތިމަންރަސްކަލާނގެ އެމީހުނަށް ދެއްވި ރިޒުގުން ބައެއްދެނީއެވެ. ބައި އަޅަނީއެވެ. ﷲ ގަންދީ ހުވައިކުރަމެވެ. ހަމަކަށަވަރުން ކަލޭމެން ތިޔަދޮގުހަދާ ކަންތައްތަކާމެދު ކަލޭމެންނާ ސުވާލުވެވޭނެއެވެ. (މިއާޔަތުގައި މިވާ ބުދަށް ބައިއަޅާވާހަކަ أنعام ސޫރަތުގައި بيان ވެގެންވާނެއެވެ.)
-
16:57
وَيَجْعَلُونَ لِلَّهِ ٱلْبَنَـٰتِ سُبْحَـٰنَهُۥ ۙ وَلَهُم مَّا يَشْتَهُونَ
Wa-yajʻaloona lillaahil banaati Subḥaanahoo wa-lahum maa yashtahoon!
އަދި އެމީހުން يعني: مشرك ންގެމީހުން ﷲ އަށް އަންހެންދަރިން نِسْبَة ކުރަނީއެވެ. (އެމީހުން ބުނަނީ ملائكة ބޭކަލުންނަކީ ﷲ ގެ އަންހެންދަރިންކަމުގައެވެ. މިގޮތުން އަންހެން ޖިންސު އެކީއެކަށް އެފަރާތަށް نِسْبَة ކުރަނީއެވެ. އަދި އެމީހުންނަށް نِسْبَة ކުރަނީ ފިރިހެން ޖިންސެވެ.) އެކަލާނގެއަށް ދަރިއަކުވުމުން އެކަލާނގެ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. އަދި އެމީހުންނަށް އެމީހުން نِسْبَة ކުރަނީ އެމީހުންއެދޭ ތަކެއްޗެވެ. އެއީ ފިރިހެންދަރިންނެވެ.
-
16:58
وَإِذَا بُشِّرَ أَحَدُهُم بِٱلْأُنثَىٰ ظَلَّ وَجْهُهُۥ مُسْوَدًّا وَهُوَ كَظِيمٌ
Wa-ʹiẓaa bushshira ʹaḥaduhum̃ bil-ʹuñs̤aa z̤̣alla wajhuhoo muswaddañw wahuwa kaz̤̣eem!
އަދި އެއިން މީހަކަށް އަންހެންދަރިއަކު ލިބިއްޖެކަމުގެ خبر ދީފިއްޔާ އެމީހާގެ މޫނު (އެކަމާ ދެރަވެ ހިތާމައިން) މުޅިން ކަޅުވެދެއެވެ. ބަނަވެދެއެވެ. އަދި އޭނާ (އެކަމާމެދު ހިތާމަޔާ ރުޅިވެރިކަމުން ފުރިގެންވާ حال) އެކަން ފައުޅުނުކޮށް ވަންހަނާކުރެއެވެ.
-
16:59
يَتَوَٰرَىٰ مِنَ ٱلْقَوْمِ مِن سُوٓءِ مَا بُشِّرَ بِهِۦٓ ۚ أَيُمْسِكُهُۥ عَلَىٰ هُونٍ أَمْ يَدُسُّهُۥ فِى ٱلتُّرَابِ ۗ أَلَا سَآءَ مَا يَحْكُمُونَ
Yatawaaraa minal q̣awmi miñ soooʹi maa- bushshira bih! ʹA-yumsikuhoo ʻalaa hoonin ʹam yadussuhoo fit turaab? ʹAlaa saaaʹa maa- yaḥkumoon?
އަދި އޭނާއަށް އެ خبر ދެވުނުކަމުގެ ނުބައިކަމުން (އެބަހީ: އަންހެންދަރިއަކު ލިބުމުގެ ނުބައިކަމުން) އޭނާ މީސްތަކުންނާ ދުރުވެ ވަންހަނާވެދެއެވެ. ނިވައިވެދެއެވެ. އަދި އޭނާ ދެއަތަށް ޖެހިޖެހި ހުރެއެވެ. ނިކަމެތިކަމާއި ދެރަކަމާ އެކު އެކުއްޖާ ހިފައިގެން ގެންގުޅޭނީ ބާވައެވެ؟ ނުވަތަ އެކުއްޖާ (ދިރިއޮއްވާ) ވެލީގައި ވަޅުލާ ނިވައިކުރާނީބާވައެވެ؟ ދަންނާށެވެ! އެމީހުން އެކުރާ حكم ގެ ހުރި ނުބައިކަމާއެވެ! އެއީ ވަރަށްވެސް ނުބައި حكم އެކެވެ. (މިހެނީ އެމީހުންނަށް އެމީހުން نِسْبَة ކުރުމަށް ނުރުހޭ އަންހެންޖިންސު ﷲ އަށް نِسْبَة ކޮށް އެމީހުން އެދޭ ފިރިހެންޖިންސު އެމީހުންނަށް نِسْبَة ކުރުމީ ނުބައި حكم އެކެވެ. އަދިއެއްވެސް ބާވަތެއްގެ ދަރިއަކު އެކަލާނގެއަށް ނިސްބަތްކުރުމީ އެންމެބޮޑެތި ފާފައިގެތެރެއިންވާކަމެކެވެ.)
-
16:60
لِلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ مَثَلُ ٱلسَّوْءِ ۖ وَلِلَّهِ ٱلْمَثَلُ ٱلْأَعْلَىٰ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
Lillaẓeena laa- yuʹminoona bil-ʹAakhirati mas̤alus sawʹ: wa-lillaahil Mas̤alul ʹAʻlaa: wa-Huwal ʻAzeezul Ḥakeem.
آخرة ދުވަހަށް إيمان ނުވާމީހުންނަށް ކަނޑައެޅިގެންހުރީ ނުބައިވެގެންވާ مثال އެވެ. (ޖާހިލުކަމާއި ﷲ އަށް ކާފަރުވުމާ މިފަދަ މިސާލެވެ.) އަދި ﷲ އަށް خاصّ ވެގެންވަނީ އެންމެ މަތިވެރިވެ މާތްވެގެންވާ مثال އެވެ. (ދީލަތިކަމާއި ފުރިހަމަކަމާއި މުއްސަނދިކަމާއި ތަނަވަސްކަމާއި ދެނެވޮޑިގަތުމާއި...... މިފަދަ މިފަދަ މިސާލެވެ.) އަދި އެކަލާނގެއީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.
-
16:61
وَلَوْ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِظُلْمِهِم مَّا تَرَكَ عَلَيْهَا مِن دَآبَّةٍ وَلَـٰكِن يُؤَخِّرُهُمْ إِلَىٰٓ أَجَلٍ مُّسَمًّى ۖ فَإِذَا جَآءَ أَجَلُهُمْ لَا يَسْتَـْٔخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ
Wa-law yuʹaakhiẓul laahun naasa biz̤̣ulmihim maa taraka ʻalayhaa miñ daaabbatiñw walaakiñy yuʹakhkhiruhum ʹilaaa ʹajalim musammaa: faʹiẓaa jaaaʹa ʹajaluhum laa- yastaʹkhiroona saaʻatañw walaa yastaq̣dimoon.
އަދި (آدم ގެދަރިންކުރެ އުރެދޭ) މީހުންގެ ނުބައިކަމާއި އަނިޔާގެ ސަބަބުން ﷲ تعالى މީސްތަކުން ހިތްޕަވާ ހަލާކުކުރައްވާނެނަމަ ބިންމަތީގައި އެއްވެސް ދިރޭއެއްޗެއް (ނުމަރުއްވާ) އެކަލާނގެ ދޫނުކުރެއްވީހެވެ. އެހެންނަމަވެސް ކަނޑައެޅި عيّن ވެގެންވާ ވަކިވަގުތަކަށް އެކަލާނގެ އެމީހުން ލަސްކުރައްވަނީއެވެ. ދެންފަހެ އެމީހުންގެ އެވަގުތު އައިސްޖެހުމުން ހިނދުކޮޅެއްވެސް ލަސްނުވާނެއެވެ. އަދި އެއަށްވުރެ ހިނދުކޮޅެއް އަވަސްވެސް ނުވާނެއެވެ.
-
16:62
وَيَجْعَلُونَ لِلَّهِ مَا يَكْرَهُونَ وَتَصِفُ أَلْسِنَتُهُمُ ٱلْكَذِبَ أَنَّ لَهُمُ ٱلْحُسْنَىٰ ۖ لَا جَرَمَ أَنَّ لَهُمُ ٱلنَّارَ وَأَنَّهُم مُّفْرَطُونَ
Wa-yajʻaloona lillaahi maa- yakrahoona wa-taṣifu ʹalsinatuhumul kaẓiba ʹanna lahumul ḥusnaa: laa- jarama ʹanna lahumun Naara wa-ʹannahum mufraṭoon!
އަދި އެމީހުން - އެބަހީ: مشرك ންގެމީހުން - އެމީހުން ނުރުހޭ އެތި އެބަހީ: އަންހެންދަރިން - ﷲ އަށް نِسْبَة ކުރަނީއެވެ. އަދި ހަމަކަށަވަރުން އެމީހުންނަށް ރަނގަޅުއެތިވާކަމުގައި - އެބަހީ: ފިރިހެންދަރިން خاصّ ވެގެންވާކަމުގައި އެމީހުންގެ ދޫތަކުން އެދޮގު ސިފަކުރަނީއެވެ. ހަމަކަށަވަރުން އެމީހުންނަށް ނަރަކަ ކަނޑައެޅިގެންހުރުމީ حقّ އެވެ. އަދި ހަމަކަށަވަރުން އެމީހުންނަކީ ނަރަކައިގައި ފަސްކުރެވި ހަނދާންނެތިފައިވާގޮތަށް ތިބޭނޭބައެކެވެ. އެއީ عجائب އެއްނޫނެވެ.
-
16:63
تَٱللَّهِ لَقَدْ أَرْسَلْنَآ إِلَىٰٓ أُمَمٍ مِّن قَبْلِكَ فَزَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ فَهُوَ وَلِيُّهُمُ ٱلْيَوْمَ وَلَهُمْ عَذَابٌ أَلِيمٌ
Tallaahi laq̣ad ʹarsalnaaa ʹilaaa ʹumamim miñ q̣ablika fazayyana lahumush Shayṭaanu ʹaʻmaalahum fahuwa waliyyuhumul yawma wa-lahum ʻaẓaabun ʹaleem.
(އޭ رسول ﷲ އެވެ!) ﷲ ގެ ذاتُ ފުޅު ގަންދެއްވައި އެކަލާނގެ ހުވައި وحي ކުރައްވައެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ ކުރީގެ أمّة ތަކަށް رسول ބޭކަލުން ފޮނުއްވީމެވެ. ދެންފަހެ شيطان އާ އެ أمّة ތަކުގެ މީހުންނަށް އެމީހުން ކުރަމުންއައި (ނުބައި) ކަންތައްތައް ޒީނަތްތެރިކޮށްދިނީއެވެ. އެމީހުން (رسول ބޭކަލުން ގެންނެވި توحيد އާއި އެބޭކަލުންގެ نصيحة ނުއަހައި شيطان އާގެ ފަހަތުން ދިޔައީއެވެ.) ފަހެ މިއަދު މިދުނިޔޭގައި އެމީހުންގެ ސަހަރޯވެރިއަކީ އެ شيطان އެވެ. (އެއީ ނުބައިގެންވާ ސަހަރޯވެރިޔާއެވެ.) އަދި އެމީހުނަށް آخرة ގައި ހުރީ ވޭންދެނިވި عذاب އެވެ.
-
16:64
وَمَآ أَنزَلْنَا عَلَيْكَ ٱلْكِتَـٰبَ إِلَّا لِتُبَيِّنَ لَهُمُ ٱلَّذِى ٱخْتَلَفُوا۟ فِيهِ ۙ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ
Wa-maaa ʹañzalnaa ʻalaykal Kitaaba ʹillaa litubayyina lahumul laẓikh talafoo feehi wa-hudañw waraḥmatal liq̣awmiñy yuʹminoon.
އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވައިލެއްވީ އެމީހުންގެމެދުގައި إختلاف ވެގެންވާ ކަންތައް އެމީހުންނަށް ބަޔާންކޮށްދެއްވުމަށާއި، އަދި އީމާންވެގެންވާ ބަޔަކަށްވާ ތެދުމަގާއި رحمة އެއްގެގޮތުންކަމުގައި މެނުވީ ނުވެއެވެ.
-
16:65
وَٱللَّهُ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَسْمَعُونَ
Wallaahu ʹañzala minas samaaaʹi maaaʹañ faʹaḥyaa bihil ʹarḍa baʻda mawtihaa: ʹinna fee ẓaalika laʹAayatal liq̣awmiñy yasmaʻoon.
އަދި ﷲ تعالى އުޑުން ފެންބާވައިލެއްވިއެވެ. ދެން އެފެނުގެ ސަބަބުން ބިންގަނޑު މަރުވެ ހަނަފަސްވެފައި އޮތުމަށްފަހު އެކަލާނގެ އެބިން ދިރުއްވައެވެ. ހަމަކަށަވަރުން އެކަމުގައި ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމަށް އަދި މަރުވުމަށްފަހު ދިރުއްވާނެކަމުގެ މައްޗަށް دليل ކުރާ دليل ވާކަން ކަށަވަރެވެ. އެއީ މިކީރިތި قرآن ގެ ބަސްއަހައި އެއަށް ވިސްނާ ފިކުރުކުރާ ބަޔަކަށެވެ.
-
16:66
وَإِنَّ لَكُمْ فِى ٱلْأَنْعَـٰمِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِى بُطُونِهِۦ مِنۢ بَيْنِ فَرْثٍ وَدَمٍ لَّبَنًا خَالِصًا سَآئِغًا لِّلشَّـٰرِبِينَ
Wa-ʹinna lakum fil ʹanʻaami laʻIbrah. Nusq̣eekum mimmaa fee buṭoonihee mim bayni fars̤iñw wadamil labanan khaaliṣañ saaaʹig̣allish shaaribeen.
އަދި نعم ސޫފިތަކުގައިވެސް ކަލޭމެނަށް دليل އާއި حجّة ވެއެވެ. (وعظ نصيحة ވެއެވެ.) އެތަކެތީގެ ބަނޑުގައިވާ ގުޔާއި ލެއިގެތެރެއިން (އެޔާ ނުގުޅޭގޮތަށް) ހަމަ ސީދާ ސާފުކިރު ތިމަންރަސްކަލާނގެ ނެރެދެއްވައި ކަލޭމެނަށް ބޯންދެއްވަމެވެ. އެކިރު ބޮއިލާ މީހާއަށް ނުހަނު ފަސޭހަކަމާއި އޮމާންކަމާއިއެކު ދިރުވައިލަން ފަސޭހަވެގެންވެއެވެ.
-
16:67
وَمِن ثَمَرَٰتِ ٱلنَّخِيلِ وَٱلْأَعْنَـٰبِ تَتَّخِذُونَ مِنْهُ سَكَرًا وَرِزْقًا حَسَنًا ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَعْقِلُونَ
Wa-miñ s̤amaraatin nakheeli wal-ʹaʻnaabi tattakhiẓoona minhu sakarañw warizq̣an ḥasanaa: ʹinna fee ẓaalika laʹAayatal liq̣awmiñy yaʻq̣iloon.
އަދި ކަދުރު ރުކާއި މޭބިސްކަދުރުގެ މޭވާގައިވެސް ކަލޭމެންނަށް (އެކަލާނގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ) دليل އާއި عبرة ވެއެވެ. އެތަކެތީން މަސްތުވާ ތަކެއްޗާއި އަދި حلال ރަނގަޅު ރިޒުގު ކަލޭމެން ހިފަމުއެވެ. ނަގައިހަދަމުއެވެ. ހަމަކަށަވަރުން ކަންކަމަށް ވިސްނައި ބުއްދިކޮށް ހަދާބަޔަކަށް އެކަމުގައިވެސް دليل އާއި حجّة ވާކަން ކަށަވަރެވެ.
-
16:68
وَأَوْحَىٰ رَبُّكَ إِلَى ٱلنَّحْلِ أَنِ ٱتَّخِذِى مِنَ ٱلْجِبَالِ بُيُوتًا وَمِنَ ٱلشَّجَرِ وَمِمَّا يَعْرِشُونَ
Wa-ʹawḥaa Rabbuka ʹilan NAḤLI ʹanit takhiẓee minal jibaali buyootañw waminash shajari wa-mimmaa yaʻrishoon;
(އޭ رسول ﷲ އެވެ!) އަދި މާމުއިކުޅަނދުރަށް ކަލޭގެފާނުންގެ ربّ إلهام ކުރެއްވިއެވެ. (އެންގެވިއެވެ.) ފަރުބަދަތަކުގައްޔާއި ގަސްގަހުގައްޔާއި އަދި ގޯތިގެދޮރުގެ ބެލްކަނީފަދަ ތަންތާނގައި ނުވަތަ މޭބިސްކަދުރު ވެޔޮތަކުގައި ތިބާގެހަދާށެވެ! ހަތައިހަދާށެވެ!
-
16:69
ثُمَّ كُلِى مِن كُلِّ ٱلثَّمَرَٰتِ فَٱسْلُكِى سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِنۢ بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَٰنُهُۥ فِيهِ شِفَآءٌ لِّلنَّاسِ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَتَفَكَّرُونَ
S̤umma kulee miñ kullis̤ s̤amaraati faslukee subula Rabbiki ẓululaa. Yakhruju mim buṭoonihaa sharaabum mukhtalifun ʹalwaanuhoo feehi shifaaaʹul linnaas: ʹinna fee ẓaalika laʹAayatal liq̣awmiñy yatafakkaroon.
ދެން ހުރިހާ ވައްތަރެއްގެ މޭވާއިން ކައިހަދާށެވެ! (އެއީ މާމެލާމެއްޔާއި މޭވާގެ ވައްތަރުތަކެވެ.) އަދި ތިބާގެ ربّ ގެ ކިޔަމަންތެރިކުރެވިފައިވާ މަގުތައް إختيار ކޮށް އެމަގުތަކުން ދަތުރުކުރާށެވެ! (ނުވަތަ ކިޔަމަންތެރިވެގެންވާ حال ތިބާގެ ربّ ގެމަގުތަކުން ދަތުރުކޮށްދާށެވެ!) އަދި އެމާމުއި ކުޅަނދުރުގެ ބަނޑުން ތަފާތު ކުލަކުލައިގެ ބުއިމެއް (މާމުއި) ނުކުންނާނެއެވެ. އެމާމުއިގައި މީސްތަކުންގެ ބަލީގެ شفاء އެއްވެއެވެ. ބަލީގެ ބޭހަކަށްވެއެވެ. ހަމަކަށަވަރުން ކަންކަމަށް ފިކުރުކޮށް ވިސްނާބަޔަކަށް އެކަމުގައި دليل ވާކަންކަށަވަރެވެ. (އެބަހީ: މާމުއިކުޅަނދުރުގެ ގެދޮރުހެދުމާއި އޭތި ދުރުހިސާބުހިސާބުގެ ގަސްގަހުގެ މޭވާޔާ މާމެލާމެލީގެ ކާނާހޯދައިގެން ކައި އެއިން އޭތީގެ ބަނޑުގައި އުފެދޭ މާމުއި އެހަތާގަނޑުގައި ޖަމާކުރުމާއި އެމާމުއިގައި ލައްވާފައިވާ ތާސީރާއި މިކަންކަމަށް ވިސްނާ މީހަކަށް އެކުޅަނދުރު ހައްދަވާ އެސޮރަށް އެކަމުގެ ފަންނު ދަސްކޮށްދެއްވާ إلهام ކޮށްދެއްވާ ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެމައްޗަށް ގަދަވެގެންވާ دليل އާއި حجّة ވާކަން ކަށަވަރެވެ.)
-
16:70
وَٱللَّهُ خَلَقَكُمْ ثُمَّ يَتَوَفَّىٰكُمْ ۚ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرْذَلِ ٱلْعُمُرِ لِكَىْ لَا يَعْلَمَ بَعْدَ عِلْمٍ شَيْـًٔا ۚ إِنَّ ٱللَّهَ عَلِيمٌ قَدِيرٌ
Wallaahu khalaq̣akum s̤umma yatawaffaakum wa-miñkum mañy yuraddu ʹilaaa ʹarẓalil ʻumuri likay laa- yaʻlama baʻda ʻilmiñ shayʹaa: ʹinnal laaha ʻAleemuñ Q̣adeer.
އަދި ކަލޭމެން ހެއްދެވީ ﷲ އެވެ. އަދި ދެން ކަލޭމެން މަރުގަންނަވާނީ ހަމަ އެކަލާނގެއެވެ. (އަދި މަރުގެންނެވުމުގެކުރިން) ކަލޭމެންކުރެ ބައެއްމީހުން މުސްކުޅިކުރައްވައި އެންމެ ނުބައި عُمُر ކަމުގައިވާ أَرْذَلِ اْلعُمُر އަށް ފޯރުކުރައްވައެވެ. އެއީ ތަންދޮރުދަންނަ ރަނގަޅުމީހަކުކަމުގައި އުޅުމަށްފަހު ތަންދޮރު ނޭނގޭ ހިސާބަށް ފޮނުއްވުމަށެވެ. ބުއްދިނެތް ޅަކުދިންފަދައިންވުމަށްޓަކައެވެ. ހަމަކަށަވަރުން ﷲ އީ ދެނެވޮޑިގެންވާ ކުޅަދުންވަންތަ ކަލާނގެއެވެ.
-
16:71
وَٱللَّهُ فَضَّلَ بَعْضَكُمْ عَلَىٰ بَعْضٍ فِى ٱلرِّزْقِ ۚ فَمَا ٱلَّذِينَ فُضِّلُوا۟ بِرَآدِّى رِزْقِهِمْ عَلَىٰ مَا مَلَكَتْ أَيْمَـٰنُهُمْ فَهُمْ فِيهِ سَوَآءٌ ۚ أَفَبِنِعْمَةِ ٱللَّهِ يَجْحَدُونَ
Wallaahu faḍḍala baʻḍakum ʻalaa baʻḍiñ fir rizq̣: famal laẓeena fuḍḍiloo biraaaddee rizq̣ihim ʻalaa maa- malakat ʹaymaanuhum fahum feehi sawaaaʹ. ʹAfabiniʻmatil laahi yajḥadoon?
އަދި ﷲ تعالى ކަލޭމެންކުރެ އެއްބަޔަކު އަނެއްބަޔަކުގެމައްޗަށް ރިޒުގުގެގޮތުން މާތްކުރެއްވިއެވެ. (އެއްބަޔަކަށް ތަނަވަސްކަން އިތުރުކޮށްދެއްވިއެވެ.) އަދި އެތަނަވަސްކަމާއި ރިޒުގު އިތުރުވެވުނުމީހުން އެމީހުންގެދަށުގައިވާ އަޅުންނަށް ތިމާމެންގެ އެމުދަލުން ބައެއްދީ ސާހިބުމީހާއާއި އަޅުމީހާއާއި ދެމީހުން އެމުދަލުގައި ހަމަހަމަވެ އެއްވަރުވާނޭގޮތުން އަޅުމީހާއަށް ބައެއްދޭނޭ މީހަކުކަމުގައި ނުވެއެވެ. (ދެއަނބިން ނުވަތަ ހަތަރު އަނބިން ތިބިނަމަ އަޅުމީހާއާއި ދެމީހުންނަށް ހަމަހަމައަށް އެއަނބީން ބައިކުރާނޭ މީހަކުކަމުގައި ނުވެއެވެ.) (މިހެން މިކަންހުރިއިރު ﷲ އާއި އެކަލާނގެ އަޅުންނާ ހަމަހަމަކޮށް ﷲ އަށް އަދާކުރަންޖެހުނު އަޅުކަމުން ބައެއް އަޅުންނަށްދީ ﷲ އާއި އެކަލާނގެ އަޅާ އެއްވަރުކުރަން ހެޔޮވާނީ ކޮންފަދައަކުންހެއްޔެވެ؟ ބުއްދީގެ ހަމަތަކުން ބެލީމާވެސް شريك ކުރުން ހެޔޮވާނީ ކޮންފަދައަކުންހެއްޔެވެ؟) އެއްވަރުނުވާނެކަން ކަށަވަރެވެ. އެމީހުން ފަހެ ﷲ ގެ نعمة އަށް ދެކޮޅުހަދާ إنكار ކުރަނީހެއްޔެވެ؟
-
16:72
وَٱللَّهُ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا وَجَعَلَ لَكُم مِّنْ أَزْوَٰجِكُم بَنِينَ وَحَفَدَةً وَرَزَقَكُم مِّنَ ٱلطَّيِّبَـٰتِ ۚ أَفَبِٱلْبَـٰطِلِ يُؤْمِنُونَ وَبِنِعْمَتِ ٱللَّهِ هُمْ يَكْفُرُونَ
Wallaahu jaʻala lakum min ʹañfusikum ʹazwaajañw Wajaʻala lakum min ʹazwaajikum baneena waḥafadatañw warazaq̣akum minaṭ ṭayyibaat: ʹafabilbaaṭili yuʹminoona wa-biniʻmatil laahi hum yakfuroon?―
އަދި ﷲ تعالى ކަލޭމެންގެ އެއްޖިންސުން ކަލޭމެނަށް އަނބީންލެއްވިއެވެ. (ނުވަތަ آدم عليه السّلام ގެ ކިބައިން އެކަލޭގެފާނުންގެ އަނބިކަނބަލުން حوّاء ގެފާނު ހެއްދެވިއެވެ. مفسّر ން މިދެތަރުޖަމާއަށް އިޝާރަތްކުރައްވާފައިވެއެވެ.) އަދި ކަލޭމެންނަށް ކަލޭމެންގެ އަނބީންގެ ކިބައިން ދަރިންނާއި ކާފަދަރިން އެކަލާނގެ ލެއްވިއެވެ. އަދި ރަނގަޅު حلال ތަކެތީގެ ރިޒުގުން އެކަލާނގެ ކަލޭމެންނަށް ރިޒުގުދެއްވިއެވެ. އަޅެފަހެ އެމީހުން އެ إيمان ވަނީ باطل އަށްހެއްޔެވެ؟ باطل عقيدة ތަކަށްހެއްޔެވެ؟ (ބުދުތަކުން منفع ކޮށް ގެއްލުންވާނެކަމަށް ހީކުރަނީހެއްޔެވެ؟ އަދި ﷲ ގެ نعمة އަށް އެމީހުން ކާފަރުވަނީއެވެ. ﷲ حلال ކުރެއްވިތަކެތި އެމީހުން حرام ކޮށް ދެކޮޅުހަދަނީއެވެ.)
-
16:73
وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَمْلِكُ لَهُمْ رِزْقًا مِّنَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ شَيْـًٔا وَلَا يَسْتَطِيعُونَ
Wa-yaʻbudoona miñ doonil laahi maa laa- yamliku lahum rizq̣am minas samaawaati wal-ʹarḍi shayʹañw walaa yastaṭeeʻoon?
އަދި އުޑުތަކާއި ބިމުގައި އެއްވެސް އެއްޗެއް އެއްވެސްކަމެއް މިލްކުވެގެންނުވާ ތަކެއްޗަށް (އެބަހީ: ބުދުތަކަށް) ﷲ ފިޔަވައި އެ مشرك ން އަޅުކަންކުރަނީއެވެ. އަދި އެއްވެސް ކަމަކަށްވެސް އެތަކެއްޗަށް ކުޅަދާނަވެގެން ނުވެއެވެ. (އެހުރިހާ ތަކެއްޗަކީ ﷲ ގެ މިލްކެވެ. ބުދުތައްކުރާނީ ކީއްހެއްޔެވެ؟)
-
16:74
فَلَا تَضْرِبُوا۟ لِلَّهِ ٱلْأَمْثَالَ ۚ إِنَّ ٱللَّهَ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ
Falaa taḍriboo lillaahil ʹams̤aal: ʹinnal laaha yaʻlamu waʹañtum laa- taʻlamoon.
(އޭ مشرك ންނޭވެ!) ކަލޭމެން ﷲ އަށް އެކިއެކި މިސާލުތައް ނުޖަހާށެވެ! (ﷲ އާއި އެހެންތަކެއްޗާއި އެއްފަދަ ނުކުރާށެވެ! އެކަލާނގެއަށް شريك ނުކުރާށެވެ!) ހަމަކަށަވަރުން ﷲ تعالى ދެނެވޮޑިގެންވެއެވެ. އަދި ކަލޭމެންނަކަށް ނޭނގެއެވެ.
-
16:75
۞ ضَرَبَ ٱللَّهُ مَثَلًا عَبْدًا مَّمْلُوكًا لَّا يَقْدِرُ عَلَىٰ شَىْءٍ وَمَن رَّزَقْنَـٰهُ مِنَّا رِزْقًا حَسَنًا فَهُوَ يُنفِقُ مِنْهُ سِرًّا وَجَهْرًا ۖ هَلْ يَسْتَوُۥنَ ۚ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ
Ḍarabal laahu Mas̤alan ʻabdam mamlookal laa yaq̣diru ʻalaa shayʹiñw wamar razaq̣naahu minnaa rizq̣an ḥasanañ fahuwa yuñfiq̣u minhu sirrañw wajahraa: hal yastawoon? ʹAl-Ḥamdu lillaah. Bal ʹaks̤aruhum laa- yaʻlamoon.
އަދި ﷲ تعالى މިސާލެއް ޖައްސަވައިފިއެވެ. އެއީ މީހަކަށް މިލްކުވެގެންވާ އަޅެއްގެ މިސާލެވެ. އޭނާ އެއްވެސް ހެޔޮކަމެއް ނުކުރެއެވެ. އަދި ﷲ ގެމަގުގައި އޭނާ އެއްވެސް އެއްޗެއް ހޭދަނުކުރެއެވެ. އޭނާއަށް އެއްވެސްކަމެއް ކުރުމަށް ކުޅަދާނަ ނުވެއެވެ. (އެހެނީ އޭނާއަކީ މީހެއްގެ އަޅެކެވެ.) މިއީ ކާފަރުމީހެއްގެ މިސާލެވެ. އެކާފަރުމީހާވެސް އެއްވެސް ހެޔޮކަމެއް ނެތެވެ. މިފަދަމީހާއާއި ތިމަންރަސްކަލާނގެ حضرة ން ރަނގަޅު حلال ރިޒުގުދެއްވާފައިވާ މިނިވަން مؤمن އަކާއިދެމީހުން އެއްވަރުވާނޭހެއްޔެވެ؟ ދެން އަދި އޭނާ ސިއްރާއި ފައުޅުގައި އެރިޒުގުން ހޭދަކުރެއެވެ. ﷲ ގެމަގުގައި ހޭދަކުރެއެވެ. މިފަދަ މީހާއާއި ކުރިން ބަޔާންކުރިފަދަ އަޅަކާއި ދެމީހުން ފަހެ އެއްވަރުވާނޭހެއްޔެވެ؟ ނުވާނެކަން ކަށަވަރެވެ. (ބައެއް ބޭކަލުން ވިދާޅުވަނީ މިމިސާލަކީ ހަމަ ސީދާ ﷲ އާއި އެކަލާނގެ ފިޔަވައި އަޅުކަންވެވޭ އެހެނިހެން ފަރާތްފަރާތާ މިދެފަރާތުގެ މިސާލެވެ.) އެހެނީ ބުދަކީ އެއްވެސް އެއްޗެއް މިލްކުވެގެންނުވާ ހެއްދެވިގެންވާ مخلوق އެކެވެ. އެއްވެސް ހެޔޮކަމެއްނެތެވެ. ﷲ އެއީ ހުރިހާ ތަކެތީގެ ވެރިފަރާތެވެ. މިދެފަރާތް ދެން މިސާލުޖަހަންވެސް ހެޔޮވާނީ ކޮންފަދައަކުންބާވައެވެ. ހެޔޮނުވާނެކަން ކަށަވަރެވެ.
-
16:76
وَضَرَبَ ٱللَّهُ مَثَلًا رَّجُلَيْنِ أَحَدُهُمَآ أَبْكَمُ لَا يَقْدِرُ عَلَىٰ شَىْءٍ وَهُوَ كَلٌّ عَلَىٰ مَوْلَىٰهُ أَيْنَمَا يُوَجِّههُّ لَا يَأْتِ بِخَيْرٍ ۖ هَلْ يَسْتَوِى هُوَ وَمَن يَأْمُرُ بِٱلْعَدْلِ ۙ وَهُوَ عَلَىٰ صِرَٰطٍ مُّسْتَقِيمٍ
Wa-ḍarabal laahu Mas̤alar rajulayni ʹaḥaduhumaaa ʹabkamu laa- yaq̣diru ʻalaa shayʹiñw wa huwa kallun ʻalaa mawlaahu ʹaynamaa yuwajjihhu laa- yaʹti bikhayr: hal yastawee huwa wa-mañy yaʹmuru bilʻadli wa-huwa ʻalaa Ṣiraaṭim Mustaq̣eem?
އަދި ދެފިރިހެނެއްގެ މިސާލު ﷲ ޖައްސަވައިފިއެވެ. އެތަނުން އެކަކީ މަންމަން އަދި ބީރުމީހެކެވެ. އެއްވެސްކަމަކަށް އޭނާއަކަށް ކުޅަދާނައެއްނޫނެވެ. (އެހެނީ އަޑެއްނީވޭ ވާހަކައެއް ނުދެއްކެއެވެ.) އަދި އޭނާއަކީ އޭނާގެ ސާހިބުމީހާގެ މައްޗަށް ބޮޑުބަރެކެވެ. އުނދަގުލެކެވެ. (ބަލަހައްޓަންޖެހެއެވެ. ކާންދޭން ޖެހެއެވެ.) ކޮންމެތާކަށްދިޔަޔަސް އަދި ކޮންމެ ހިނދަކުވެސް ހެޔޮކަމެއްނެތެވެ. މިފަދަ މީހާއާއި ސީދާ ތެދުމަގުގައިވާ حال حقّ ބަސްބުނެ عدل އިންސާފަށް أمر ކުރާމީހަކާއި އެއްވަރުވާނޭ ހެއްޔެވެ؟ مُجَاهِدُ ވިދާޅުވާކަމުގައިވިއެވެ. މިމިސާލަކީ ﷲ سبحانه وتعالى އާއި އަދި އެކަލާނގެ ފިޔަވައި އަޅުކަންވެވޭ إله ންތަކާއި ދެފަރާތުގެ މިސާލެވެ. والله أعلم.
-
16:77
وَلِلَّهِ غَيْبُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَمَآ أَمْرُ ٱلسَّاعَةِ إِلَّا كَلَمْحِ ٱلْبَصَرِ أَوْ هُوَ أَقْرَبُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Wa-lillaahi g̣aybus samaawaati wal-ʹarḍ. Wa-maaa ʹamrus Saaʻati ʹillaa kalamḥil baṣari ʹaw huwa ʹaq̣rab: ʹinnal laaha ʻalaa kulli shayʹiñ Q̣adeer.
އަދި އުޑުތަކާއި ބިމުގައިވާ އެންމެހައި غَيْبُ (އެބަހީ: ލޯތަކަށް ނުފެންނަ އެންމެހައިކަމެއް) ދެނެވޮޑިގަތުން خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. (قيامة ގެ ކަންތަކަކީވެސް އޭގެތެރެއިންވާ ކަމެކެވެ.) އަދި قيامة ވުމުގެ ކަންތައް އެބަހީ: قيامة ވުން ހަމައެކަނި އެސްފިޔަޖަހައިލުންފަދަ އަވަސްކަމެއްކަމުގައި މެނުވީ ނުވެއެވެ. ނުވަތަ އެއަށްވުރެވެސްގާތެވެ. ހަމަކަށަވަރުން ކޮންމެކަމެއްގެމައްޗަށް ﷲ تعالى ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
-
16:78
وَٱللَّهُ أَخْرَجَكُم مِّنۢ بُطُونِ أُمَّهَـٰتِكُمْ لَا تَعْلَمُونَ شَيْـًٔا وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَٱلْأَفْـِٔدَةَ ۙ لَعَلَّكُمْ تَشْكُرُونَ
Wallaahu ʹakhrajakum mim buṭooni ʹummahaatikum laa- taʻlamoona shayʹañw wajaʻala lakumus samʻa wal-ʹabṣaara wal-ʹafʹidata laʻallakum tashkuroon.
އަދި ކަލޭމެން ކަލޭމެންގެ މައިންގެ ބަނޑުތަކުން ނެރުއްވީ ﷲ تعالى އެވެ. އެއްވެސް އެއްޗެއް ކަލޭމެންނަށް ނޭނގޭ حال ގައެވެ. ދެން އެކަލާނގެ ކަލޭމެނަށް އިވުމާއި ފެނުމާއި (ކަންފަތާއި ލޮލާއި) އަދި ހިތްލެއްވިއެވެ. އެއީ ކަލޭމެން شكر ވެރިވޭތޯއެވެ.
-
16:79
أَلَمْ يَرَوْا۟ إِلَى ٱلطَّيْرِ مُسَخَّرَٰتٍ فِى جَوِّ ٱلسَّمَآءِ مَا يُمْسِكُهُنَّ إِلَّا ٱللَّهُ ۗ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يُؤْمِنُونَ
ʹAlam yaraw ʹilaṭ ṭayri musakhkharaatiñ fee jawwis samaaaʹ? Maa- yumsikuhunna ʹillal laah. ʹInna fee ẓaalika laʹAayaatil liq̣awmiñy yuʹminoon.
އަދި އުޑާއި ބިމާ ދެމެދުވާ ހުސްތާނގައި ނުވަތަ ވައިގައި - جوّ ގައި - ހިފެހެއްޓި ކިޔަމަންކުރެވިގެންވާ ދޫނިތަކަށް އެމީހުން يعني: مشرك ންގެމީހުން ނުބަލަނީބާވައެވެ؟ އެތަކެތި ނުދެކެނީބާވައެވެ. ﷲ މެނުވީ އެތަކެތި (ވެއްޓުނަނުދީ) ހިފަހައްޓަވާކަމުގައި ނުވެއެވެ. އެބަހީ: އެތަކެތި ވެއްޓުނަނުދީ ހިފަހައްޓަވަނީ ހަމަ ﷲ އެވެ. ހަމަކަށަވަރުން އެކަމުގައި (އެބަހީ: އެދޫނިތައް ތިރިޔަށް ވެއްޓުނަނުދީ ހިފަހައްޓަވާ އެސޮރުމެނަށް ފަސޭހަކޮށް އުޅެވޭނެގޮތްލެއްވުމުގައި) އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެމައްޗަށް دليل ތައްވާކަންކަށަވަރެވެ. ﷲ ތެދުކޮށް إيمان ވާ ބަޔަކަށެވެ.
-
16:80
وَٱللَّهُ جَعَلَ لَكُم مِّنۢ بُيُوتِكُمْ سَكَنًا وَجَعَلَ لَكُم مِّن جُلُودِ ٱلْأَنْعَـٰمِ بُيُوتًا تَسْتَخِفُّونَهَا يَوْمَ ظَعْنِكُمْ وَيَوْمَ إِقَامَتِكُمْ ۙ وَمِنْ أَصْوَافِهَا وَأَوْبَارِهَا وَأَشْعَارِهَآ أَثَـٰثًا وَمَتَـٰعًا إِلَىٰ حِينٍ
Wallaahu jaʻala lakum mim buyootikum sakanañw wajaʻala lakum miñ juloodil ʹanʻaami buyootañ tastakhiffoonahaa yawma z̤̣aʻnikum wa-yawma ʻiq̣aamatikum wa-min aṣwaafihaa wa-ʹawbaarihaa wa-ʹashʻaarihaaa ʹas̤aas̤añw Wamataaʻan ʹilaa ḥeen.
އަދި ﷲ تعالى ކަލޭމެންގެ ގެތަކުގައި ވަޒަންވެރިވުން (ހަމަޖެހިގެން ތިބެވޭނެގޮތް) ލެއްވިއެވެ. އަދި ކަލޭމެނަށްޓަކައި نَعَم ސޫފީގެ ހަމުގައިވެސް އެކަލާނގެ ގެތައް ލެއްވިއެވެ. އެއީ ފޭލިގެފަދަ ލުއިލުއި އުފުލަން ފަސޭހަ ގޭގެއެވެ. އެއީ ދަތުރުދާއިރު އަދި އެއްތަނުން އަނެއްތަނަށް نقل ވާއިރު އުފުލާހެދުން ފަސޭހަވެ ލުއިވުމަށްޓަކައެވެ. އަދި قائم ވެތިބޭހިނދުވެސް އޭގެ ފަސޭހަވާނޭގޮތުންނެވެ. އަދި އެތަކެތީގެ އިސްތައްޓާއި ފަލަކެހެރިޔާއި އާދައިގެ ހިމަކެހެރީގައި ކަލޭމެނަށް ގެވެހި ކަންވާރާއި އަދި ވަކިމުއްދަތަކަށް ޒީނަތުގެގޮތުގައި ބޭނުންކުރެވޭނެތަކެތިވެއެވެ. • ދަންނައެވެ. އިސްވެދިޔަ ޒަމާނުގައި އެފަދަކެހެރިން ބައެއް ގެވެހި ކަންވާރުހަދާ އުޅުނުކަމުގައި ވިއެވެ. • أصْوَاف އަކީ صُوف މި لفظ ގެ ޖަމާއެވެ. އެއީ غَنَمُ ކިޔާ ބަކަރީގެ ކެހެރިއެވެ. • أَوْبَار އަކީ وَبَرُ މި لفظ ގެ ޖަމާއެވެ. އެއީ ޖަމަލުގެ އިސްތަށްޓެވެ. ކެހެރިއެވެ. • أَشْعَار އަކީ شَعْر މި لفظ ގެ ޖަމާއެވެ. އެއީ مَعْزُ ބަކަރީގެ ކެހެރިއެވެ. والله أعلم.
-
16:81
وَٱللَّهُ جَعَلَ لَكُم مِّمَّا خَلَقَ ظِلَـٰلًا وَجَعَلَ لَكُم مِّنَ ٱلْجِبَالِ أَكْنَـٰنًا وَجَعَلَ لَكُمْ سَرَٰبِيلَ تَقِيكُمُ ٱلْحَرَّ وَسَرَٰبِيلَ تَقِيكُم بَأْسَكُمْ ۚ كَذَٰلِكَ يُتِمُّ نِعْمَتَهُۥ عَلَيْكُمْ لَعَلَّكُمْ تُسْلِمُونَ
Wallaahu jaʻala lakum mimmaa khalaq̣a z̤̣ilaalañw wajaʻala lakum minal jibaali ʹaknaanañw Wajaʻala lakum saraabeela taq̣eekumul ḥarra wa-saraabeela taq̣eekum̃ baʹsakum. Kaẓaalika yutimmu niʻmatahoo ʻalaykum laʻallakum tuslimoon.
އަދި ﷲ تعالى ކަލޭމެނަށްޓަކައި އެކަލާނގެ ހެއްދެވިތަކެތީގައި ހިޔާލެއްވިއެވެ. (އެއީ ގަސްގަހާގެހިފަދަ ފަރުބަދަފަދަ ދެންވެސް ކޮންމެ އެއްޗެކެވެ.) އަދި ފަރުބަދަތަކުގައި ކަލޭމެނަށްޓަކައި އެކަލާނގެ كُنُّ ލެއްވިއެވެ. (كُنُّ އަކީ މީހުންނަށް ދިރިއުޅެވޭފަދަ ގޮތަކަށް ހުންނަ ތަންތަނެވެ.) އަދި ކަލޭމެން ހޫނުން ސަލާމަތްވެގަތުމަށްޓަކައި (ކަފަޔާ ކެހެރިޔާ ކިއްތާނީގެ ފޭރާންފަދަ) ފޭރާމާއި އަދި ހަނގުރާމައިގެ ވަގުތު ބޭނުންކުރާނޭ ދަގަނޑުގެ ފޭރާންވެސް ކަލޭމެނަށްޓަކައި އެކަލާނގެ ހެއްދެވިއެވެ. ކަލޭމެންގެމައްޗަށް އެކަލާނގެ نعمة ތައް އެފަދައިން އެކަލާނގެ ފުރިހަމަކުރެއްވީ ކަލޭމެން އެކަލާނގެއަށް ކިޔަމަންވެ އެކަލާނގެއަށް އަޅުކަން إخلاص ތެރިކުރުމަށްޓަކައެވެ.
-
16:82
فَإِن تَوَلَّوْا۟ فَإِنَّمَا عَلَيْكَ ٱلْبَلَـٰغُ ٱلْمُبِينُ
Faʹiñ tawallaw faʹinnamaa ʻalaykal Balaag̣ul Mubeen.
(އަދި އޭ رسول ﷲ އެވެ!) އެމީހުން އީމާންނުވެ އެކަމަށް ފުރަގަސްދީފިއްޔާވެސް (އެޔަކީ ކަލޭގެފާނަށް ގެއްލުމެއް އަދި ހުތުރެއް އޮތްކަމެއްނޫނެވެ.) ފަހެ ހަމަކަށަވަރުން ކަލޭގެފާނަށް އޮތްކަމަކީ އެމީހުނަށް بيان ކޮށްދެއްވައި رسول ކަން އިއްވައިދެއްވުމެވެ.
-
16:83
يَعْرِفُونَ نِعْمَتَ ٱللَّهِ ثُمَّ يُنكِرُونَهَا وَأَكْثَرُهُمُ ٱلْكَـٰفِرُونَ
Yaʻrifoona niʻmatal laahi s̤umma yuñkiroonahaa wa-ʹaksaruhumul kaafiroon.
އެމީހުން - އެބަހީ: އެ مشرك ން - ﷲ ގެ نعمة ރަނގަޅަށް ދަނެއެވެ. ދެން އެމީހުން އެ نعمة އަށް ފުރަގަސްދެނީއެވެ. އަދި އެމީހުންކުރެ ގިނަމީހުންނަކީ އިދިކޮޅުހަދާ ކާފަރުންނެވެ. • ދަންނައެވެ! މިއާޔަތުގައި މިވާ نعمة ގެ މުރާދަކީ رسول ﷲ ﷺ ގެ رسول ކަމެވެ. ނުވަތަ މިސޫރަތުގައި ﷲ އިޝާރަތްކުރައްވާފައިވާ އެކަލާނގެ ގިނަގުނަ نعمة ތަކެވެ. މިހުރިހާކަމެއް حقيقة ގައި އެމީހުން ރަނގަޅަށް ދަނެއެވެ. ދެން ދެކޮޅުހަދަނީއެވެ.
-
16:84
وَيَوْمَ نَبْعَثُ مِن كُلِّ أُمَّةٍ شَهِيدًا ثُمَّ لَا يُؤْذَنُ لِلَّذِينَ كَفَرُوا۟ وَلَا هُمْ يُسْتَعْتَبُونَ
Wa-yawma nabʻas̤u miñ kulli ʹummatiñ Shaheedañ s̤umma laa- yuʹẓanu lillaẓeena kafaroo wa-laa hum yustaʻtaboon.
އަދި ކޮންމެ أمّة އަކުންވެސް ހެކިވެރިޔަކު ތިމަންރަސްކަލާނގެ ފޮނުއްވާދުވަސް (ހަނދުމަފުޅު ކުރައްވާށެވެ!) އެހެކިވެރިއަކީ ކޮންމެ أمّة އެއްގެވެސް ނަބިއްޔާއެވެ. ދެން އެދުވަހުން ކާފަރުންނަށް عُذْر ދެއްކުމުގެ އިޒުނަ ނުދެއްވޭނެއެވެ. އަދި އެމީހުން ރަނގަޅުވުމަށް فرصة ވެސް ނުދެއްވޭނެއެވެ. ނުވަތަ އަލުން ދުނިޔެއަށް އައިސް ހެޔޮ عمل ކުރުމުގެ ވަގުތު ނުދެއްވޭނެއެވެ.
-
16:85
وَإِذَا رَءَا ٱلَّذِينَ ظَلَمُوا۟ ٱلْعَذَابَ فَلَا يُخَفَّفُ عَنْهُمْ وَلَا هُمْ يُنظَرُونَ
Wa-ʹiẓaa ra ʹallaẓeena z̤̣alamul ʻAẓaaba falaa yukhaffafu ʻanhum wa-laa hum yuñz̤̣aroon.
އަދި އަނިޔާވެރިވީ މީހުންނަށް عذاب ފެންނަހިނދު އެމީހުންގެ ކިބައިން عذاب ލުއިނުވެވޭނެއެވެ. އެކަން ރަނގަޅަށް އެމީހުންނަށް އެނގޭނެއެވެ. އަދި އެއްވެސް ތަންވަޅެއް ދެވޭނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ.
-
16:86
وَإِذَا رَءَا ٱلَّذِينَ أَشْرَكُوا۟ شُرَكَآءَهُمْ قَالُوا۟ رَبَّنَا هَـٰٓؤُلَآءِ شُرَكَآؤُنَا ٱلَّذِينَ كُنَّا نَدْعُوا۟ مِن دُونِكَ ۖ فَأَلْقَوْا۟ إِلَيْهِمُ ٱلْقَوْلَ إِنَّكُمْ لَكَـٰذِبُونَ
Wa-ʹiẓaa ra ʹallaẓeena ʹashrakoo shurakaaaʹahum q̣aaloo Rabbanaa haaaʹulaaaʹi shurakaaaʹunal laẓeena kunnaa nadʻoo miñ doonik. Faʹalq̣aw ʹilayhimul q̣awla ʹinnakum lakaaẓiboon!
އަދި ﷲ އާއި އެހެނިހެން ތަކެތި شريك ކުރިމީހުންނަށް އެމީހުން އެ شريك ކުރިތަކެތި ފެންނަހިނދުން قيامة ދުވަހުން އެމީހުން ﷲ އަށް ދަންނަވާނެއެވެ. "އޭ އަޅަމެންގެ ربّ އެވެ! އިބަރަސްކަލާނގެ ފިޔަވައި އެތަކެއްޗަށް އަޅަމެން އަޅުކަންކޮށް شريك ކުރިތަކެތި މިތިބީއެވެ. އެ إله ންތައް މިތިބީއެވެ." ދެންފަހެ އެ إله ންކަމުގައި ވެވުނު شريك ންތައް އެތަކެއްޗަށް އަޅުކަންކުރި މީހުނަށް ބުނާނެއެވެ. "ހަމަކަށަވަރުން ކަލޭމެންވީ ދޮގުވެރިންކަމުގައެވެ." (އަހުރެމެންނަށް އަޅުކަންކުރާކަށް ކަލޭމެންނަކަށް އަހުރެމެން ނާންގަމެވެ.)
-
16:87
وَأَلْقَوْا۟ إِلَى ٱللَّهِ يَوْمَئِذٍ ٱلسَّلَمَ ۖ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ
Wa-ʹalq̣aw ʹilal laahi yawmaʹiẓinis salama wa-ḍalla ʻanhum maa kaanoo yaftaroon.
އަދި އެދުވަހުން އެބަހީ قيامة ދުވަހުން އެ مشرك ން އެކަލާނގެއަށް ކިޔަމަންތެރިވެ ބޯލަނބާނެއެވެ. އަދި އެމީހުން ދުނިޔޭގައި އުޅުނުއިރު އަޅުކަންކުރެވުނު ދޮގު إله ންތައް އެމީހުންގެ ކިބައިން ގެއްލިދާނެއެވެ.
-
16:88
ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ زِدْنَـٰهُمْ عَذَابًا فَوْقَ ٱلْعَذَابِ بِمَا كَانُوا۟ يُفْسِدُونَ
ʹAllaẓeena kafaroo waṣaddoo ʻañ Sabeelil laahi zidnaahum ʻAẓaabañ fawq̣al ʻaẓaabi bimaa kaanoo yufsidoon.
ކާފަރުވީ މިސްތަކުން އަދި އެމީހުން ﷲ ގެމަގުބަންދުކުރާމީހުން (ދަންނައެވެ!) އެމީހުން فَسَاد ކުރިކަމުގައިވީ ކަންތަކުގެ ސަބަބުން ތިމަންރަސްކަލާނގެ عذاب ގެ މައްޗަށް އެމީހުންނަށް عذاب އިތުރުކުރައްވާހުށީމެވެ.
-
16:89
وَيَوْمَ نَبْعَثُ فِى كُلِّ أُمَّةٍ شَهِيدًا عَلَيْهِم مِّنْ أَنفُسِهِمْ ۖ وَجِئْنَا بِكَ شَهِيدًا عَلَىٰ هَـٰٓؤُلَآءِ ۚ وَنَزَّلْنَا عَلَيْكَ ٱلْكِتَـٰبَ تِبْيَـٰنًا لِّكُلِّ شَىْءٍ وَهُدًى وَرَحْمَةً وَبُشْرَىٰ لِلْمُسْلِمِينَ
Wa-yawma nabʻas̤u fee kulli ʹummatiñ shaheedan ʻalayhim min ʹañfusihim wa-jiʹnaa bika shaheedan ʻalaa haaaʹulaaaʹ. Wa-nazzalnaa ʻalaykal Kitaaba tibyaanal likulli shayʹiñw wa-Hudañw wa-Raḥmatañw wa-Bushraa lil-Muslimeen.
އަދި ކޮންމެ أمّة އަކުންވެސް އެ أمّة އަކަށް ހެކިދެއްވުމަށްޓަކައި ހެކިދެއްވާނޭ ބޭކަލަކު ތިމަންރަސްކަލާނގެ ފޮނުއްވާދުވަސް ހަނދުމަފުޅުކުރައްވާށެވެ! (އެއީ قيامة ދުވަހެވެ. އަދި ކޮންމެ أمّة އެއްގެވެސް އެފޮނުއްވޭ ހެކިވެރިޔަކީ އެ أمّة އެއްގެ نبي އާއެވެ.) އަދި ކަލޭގެފާނުގެ މި أمّة ގެ މީހުންގެމައްޗަށް ހެކިދެއްވާ ބޭކަލަކުކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ގެންނަވާހުށީމެވެ. އަދި مسلم ންނަށް ހުރިހާ އެއްޗެއްގެ بيان އެއްގެގޮތުން ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. قرآن ބާވައިލެއްވީމެވެ. އަދި ތެދުމަގާއި رحمة އާއި އަދި އުފާވެރިކަމެއްގެ ގޮތުންނެވެ.
-
16:90
۞ إِنَّ ٱللَّهَ يَأْمُرُ بِٱلْعَدْلِ وَٱلْإِحْسَـٰنِ وَإِيتَآئِ ذِى ٱلْقُرْبَىٰ وَيَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ وَٱلْبَغْىِ ۚ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ
ʹInnal laaha yaʹmuru bil-ʻadli wal-ʹiḥsaani wa-ʹeetaaaʹi ẓil q̣urbaa wa-yanhaa ʻanil faḥshaaaʹi wal-muñkari walbag̣yi: yaʻi-Z̤̣ukum laʻallakum taẓakkaroon.
ހަމަކަށަވަރުން عدل ވެރިވުމަށާއި إحسان ތެރިވުމަށާއި އަދި ގާތްތިމާގެމީހުންނަށް އެމީހުންގެ حقّ ތައް ދިނުމަށާއި އެތިކޮޅުދިނުމަށް ﷲ أمر ކުރައްވައެވެ. އަދި فَاحِش ކަންތައް ކުރުމާއި مُنْكَرَاة ންނާއި ބޮޑާވެ އަނިޔާވެރިވުމާއި މިކަންކަމުން އެކަލާނގެ މަނާކުރައްވައި نهى ކުރައްވައެވެ. އެކަލާނގެ ކަލޭމެނަށް وعظ އާއި نصيحة ދެއްވަނީ ކަލޭމެން ހަނދާންކޮށް نصيحة ލިބިގަނޭތޯއެވެ. • ދަންނައެވެ! فَاحِش ކަންތަކަކީ ޒިނޭކުރުންފަދަ ހަޑިހުތުރު ކަންކަމެވެ. مُنْكَرَاة އަކީ شريعة ނުރުހޭ ކޮންމެ ކަމެކެވެ. އެއީ އެންމެހައި އުރެދުމެކެވެ. بَعْيُ އަކީ ބޮޑާކަމާއި އަނިޔާވެރިކަމެވެ. = زُبْدَةُ التّفسير =
-
16:91
وَأَوْفُوا۟ بِعَهْدِ ٱللَّهِ إِذَا عَـٰهَدتُّمْ وَلَا تَنقُضُوا۟ ٱلْأَيْمَـٰنَ بَعْدَ تَوْكِيدِهَا وَقَدْ جَعَلْتُمُ ٱللَّهَ عَلَيْكُمْ كَفِيلًا ۚ إِنَّ ٱللَّهَ يَعْلَمُ مَا تَفْعَلُونَ
Wa-ʹawfoo biʻAhdil laahi ʹiẓaa ʻaahattum wa-laa tañq̣uḍul ʹaymaana baʻda tawkeedihaa wa-q̣ad jaʻaltumul laaha ʻalaykum kafeelaa: ʹinnal laaha yaʻlamu maa- tafʻaloon.
އަދި ކަލޭމެން ﷲ އަށް عَهد އެއްކޮށްފިއްޔާ ކަލޭމެން ﷲ ގެ عهد ފުއްދާށެވެ! ފުރިހަމަކުރާށެވެ! އަދި عهد ތަކާއި (އެގްރީމެންޓުތައް) ރަނގަޅަށް ކަނޑައަޅައި ގަދަކޮށްފިއްޔާ ދެން އެ عهد އެއް އެ އެގްރީމެންޓެއް ކަލޭމެން އުވައިނުލާށެވެ. ހަމަކަށަވަރުން ކަލޭމެންގެމައްޗަށް ޖާމިނުވާ ފަރާތެއް ކަމުގައި އަދި ހެކިވެރިއަކުކަމުގައި ކަލޭމެން ﷲ ލައިފީމުއެވެ. އެކަލާނގެ މެދުވެރިކޮށްފީމުއެވެ. ހަމަކަށަވަރުން ކަލޭމެންކުރާހާކަމެއް ﷲ ދެނެވޮޑިގެންވެއެވެ.
-
16:92
وَلَا تَكُونُوا۟ كَٱلَّتِى نَقَضَتْ غَزْلَهَا مِنۢ بَعْدِ قُوَّةٍ أَنكَـٰثًا تَتَّخِذُونَ أَيْمَـٰنَكُمْ دَخَلًۢا بَيْنَكُمْ أَن تَكُونَ أُمَّةٌ هِىَ أَرْبَىٰ مِنْ أُمَّةٍ ۚ إِنَّمَا يَبْلُوكُمُ ٱللَّهُ بِهِۦ ۚ وَلَيُبَيِّنَنَّ لَكُمْ يَوْمَ ٱلْقِيَـٰمَةِ مَا كُنتُمْ فِيهِ تَخْتَلِفُونَ
Wa-laa takoonoo kallatee naq̣aḍat g̣azlahaa mim baʻdi q̣uwwatin ʹañkaas̤aa. Tattakhiẓoona ʹaymaanakum dakhalam baynakum ʹañ takoona ʹummatun hiya ʹarbaa min ʹummah; ʹinnamaa yablookumul laahu bih; wa-la-yubayyinanna lakum Yawmal Q̣iyaamati maa- kuñtum feehi takhtalifoon.
އަދި އެއަންހެންމީހާ އޭނާގެ ކެހެރިތައް އަނބުރާ ހަރުކޮށް ގަދަކުރުމަށްފަހު ނިއުޅާލާ ކުދިކުދިކޮށް ވިއްސިވިހާލިކޮށްލި އަންހެންމީހާފަދައިން ކަލޭމެން ނުވާށެވެ! (عهد ކަށަވަރުކޮށް އެގްރީމެންޓް تَصْديق ކޮށް ނިންމުމަށްފަހު އެ عهد އާއި ހުވާލައި އަދި އެ އެއްބަސްވުން އުވައިލިބަޔަކުކަމުގައި ކަލޭމެން ނުވާށެވެ!) އަދި އެއްބަޔަކަށްވުރެ އަނެއްބައެއްގެ عدد ގިނަވެ ބާރުގަދަކަމުގައިވީތީ ކަލޭމެން ކަލޭމެންގެމެދުގައި ކުރާ ހުވަޔާއި عهد މަކަރަކަށް ނުވަތަ خيانة އަކަށް ނުވަތަ އޮޅުވައިލުމަކަށް ހަދަނީއެވެ. (އެހެން ނުހަދާށެވެ! ކުރީ އެގްރީމެންޓްކޮށްފައިވާ މީހުންނަކީ ދެރަ އަދި عدد ގެގޮތުން މަދުބަޔަކުކަމުގައިވެފައި ފަހުން ދިމާވާމީހުންގެ ބާރުގަދަވެފައި عدد ގިނަކަމުގައިވިޔަސް ކުރީމީހުންނާ ވެފައިވާ ހުވަޔާ عهد އުވައިނުލާށެވެ!) ހަމަކަށަވަރުން އެފަދަ ކަންތައް އެއީ (އެބަހީ: عهد ކަށަވަރުތައް އެގޮތަށް ލައްވާފައި އެވަނީ) ﷲ تعالى ކަލޭމެން إمتحان ކުރެއްވުމަށްޓަކައެވެ. އަދި ހަމަކަށަވަރުންވެސް قيامة ދުވަހުން އެކަމަކާއިމެދު ކަލޭމެންގެމެދުގައި ދެބަސްވެ إختلاف ވެފައިވާކަންތައް އެކަލާނގެ ކަލޭމެނަށް بيان ކޮށްދެއްވާނެއެވެ.
-
16:93
وَلَوْ شَآءَ ٱللَّهُ لَجَعَلَكُمْ أُمَّةً وَٰحِدَةً وَلَـٰكِن يُضِلُّ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَلَتُسْـَٔلُنَّ عَمَّا كُنتُمْ تَعْمَلُونَ
Wa-law shaaaʹal laahu lajaʻalakum ʹummatañw waaḥidatañw walaakiñy yuḍillu mañy yashaaaʹu wa-yahdee mañy yashaaaʹ: wa-latusʹalunna ʻammaa kuñtum taʻmaloon.
އަދި ﷲ تعالى އެދިވޮޑިގެންނެވިނަމަ ކަލޭމެން އެންމެންނަކީ (حقّ ގެމަތީގައިވާ) އެއް أمّة އަކަށް އެކަލާނގެ ކަލޭމެން ލައްވައިފީހެވެ. އަދި އެހެންނަމަވެސް އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކު އެކަލާނގެ މަގުފުރައްދަވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ތެދުމަގުދައްކަވައެވެ. (އެއީ އެކަލާނގެ އަޒަލީ ދެނެވޮޑިގަތުމުގައިވާ عدل އާއި حكمة އެވެ.) އަދި ހަމަކަށަވަރުން ކަލޭމެން (ދުނިޔޭގައި) ކުރާކަމުގައިވީ ކަންތަކާއިމެދު ކަލޭމެނާ (قيامة ދުވަހުން) ސުވާލުވެވޭނެއެވެ.
-
16:94
وَلَا تَتَّخِذُوٓا۟ أَيْمَـٰنَكُمْ دَخَلًۢا بَيْنَكُمْ فَتَزِلَّ قَدَمٌۢ بَعْدَ ثُبُوتِهَا وَتَذُوقُوا۟ ٱلسُّوٓءَ بِمَا صَدَدتُّمْ عَن سَبِيلِ ٱللَّهِ ۖ وَلَكُمْ عَذَابٌ عَظِيمٌ
Wa-laa tattakhiẓooo ʹaymaanakum dakhalam baynakum fatazilla q̣adamum baʻda s̤ubootihaa wa-taẓooq̣us soooʹa bimaa ṣadattum ʻañ Sabeelil laahi walakum ʻaẓaabun ʻaz̤̣eem.
އަދި ކަލޭމެންގެމެދުގައި ކުރެވޭ ހުވައިކަށަވަރު އެއީ ކަލޭމެންގެމެދުގައި މަކަރާއި خيانة އަކަށް ކަލޭމެން ނުހަދާށެވެ. އެހެން ހަދައިފިނަމަ ކަލޭމެންގެ ފައިތިލަ (ސަލާމަތުގެ މައިދާނުގައި) ސާބިތުވެ ހުރުމަށްފަހު ހަލާކުގެތެރެއަށް ކަހާލައިގެން ހިނގައިދާނެއެވެ. ދެން ކަލޭމެން ﷲ ގެމަގު ބަންދުކޮށް ފިތުނަވެރިކުރުމުގެ ސަބަބުން ނުބައި عذاب ގެރަހަ ކަލޭމެނަށް ލިބިދާނެއެވެ. އަދި قيامة ދުވަހުން ކަލޭމެނަށް ހުންނަހުށީ ބޮޑުވެގެންވާ عذاب އެވެ.
-
16:95
وَلَا تَشْتَرُوا۟ بِعَهْدِ ٱللَّهِ ثَمَنًا قَلِيلًا ۚ إِنَّمَا عِندَ ٱللَّهِ هُوَ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ
Wa-laa tashtaroo biʻAhdil laahi s̤amanañ q̣aleelaa: ʹinnamaa ʻiñdal laahi huwa khayrul lakum ʹiñ kuñtum taʻlamoon.
އަދި ދާދިކުޑަ ނިކަމެތިއެއްޗަކަށް ﷲ ގެ عهد ކަލޭމެން ބަދަލުކޮށް ވިއްކައި ނުހަދާށެވެ! (އެބަހީ: ﷲ މެދުވެރިކޮށް ނިންމާފައިވާކަމެއް ނުވަތަ ﷲ ގަންދީ ކުރި ހުވައެއް ދުނިޔޭގެ حياة ގެ ދާދިކުޑަކުޑަ ފައިދާއަކަށް ކަލޭމެން އުވައިނުލާށެވެ!) (އެހެނީ ހަމަކަށަވަރުން ދުނިޔޭގައި ކަލޭމެންގެ އަތްމަތީގައިވާ ތަކެތި ދާދިއަވަހަށް ހުސްވެ ނެތިހިނގައިދާނެއެވެ.) ހަމަކަށަވަރުން ﷲ ގެ حضرة ގައިވާތަކެތި (ثواب އާއި ދަރުމަ) ކަލޭމެނަށް އެނގޭނަމަ މާހެޔޮވެގެންވެއެވެ.
-
16:96
مَا عِندَكُمْ يَنفَدُ ۖ وَمَا عِندَ ٱللَّهِ بَاقٍ ۗ وَلَنَجْزِيَنَّ ٱلَّذِينَ صَبَرُوٓا۟ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ
Maa- ʻiñdakum yañfadu wa-maa ʻiñdal laahi baaq̣. Wa-lanajziyannal laẓeena ṣabarooo ʹajrahum̃ biʹaḥsani maa- kaanoo yaʻmaloon.
ކަލޭމެންގެ އަތުގައިވާތަކެތި ހުސްވެނެތިވެދެއެވެ. އަދި ﷲ ގެ حضرة ގައިވާތަކެތި ހުސްނުވެ ދެމިހުރެއެވެ. އަދި ކެތްތެރިވީ މީސްތަކުންނަށް އެމީހުން އެކުރި عمل އަށްވުރެ މާރަނގަޅު މާހެޔޮ ދަރުމަ ތިމަންރަސްކަލާނގެ ހަމަކަށަވަރުންވެސް ދެއްވާހުށީމެވެ.
-
16:97
مَنْ عَمِلَ صَـٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ
Man ʻamila ṣaaliḥam miñ ẓakarin ʹaw ʹuñs̤aa wa-huwa Muʹminuñ falanuḥyiyannahoo Ḥayaatañ Ṭayyibah, wa-lanajzi-yannahum ʹajrahum̃ biʹaḥsani maa- kaanoo yaʻmaloon.
ފިރިހެނަކުނަމަވެސް އަދި އަންހެނަކު ނަމަވެސް އެމީހަކު އީމާންވެގެންވާ حال صالح عمل ކޮށްފިމީހާ (ދަންނައެވެ!) ފަހެ ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހަކަށް ރަނގަޅުވެގެން ވާ حياة އެއް ދެއްވާހުށީމެވެ. (އެއީ حلال ރަނގަޅު ރިޒުގުދެއްވުމާއި ކިޔަމަންތެރިކަމުގެމަގަށް توفيق ދެއްވުމެވެ. ނުވަތަ ސުވަރުގޭގެ ދިރިއުޅުން ދެއްވުމެވެ.) އަދި ހަމަކަށަވަރުން އެމީހުން ދުނިޔޭގައި ކުރި عمل އަށްވުރެ މާރަނގަޅު ދަރުމަޔާ ثواب އެމީހުނަށް ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. • ހަނދުމަފުޅުކުރެއްވުންހުއްޓެވެ. ފިރިހެނުންނަށް صالح عمل ކުރެވެން އޮތްގޮތާއި އަންހެނުންނަށް صالح عمل ކުރެވެން އޮތްގޮތާއި ތަފާތުވާނެއެވެ. ކޮންމެބަޔަކަށްވެސް އެބައެއްގެ ނިސްބަތުގައި صالح عمل އެވެ. ދެބައިމީހުންގެ ޢަމަލީމައިދާން ތަފާތެވެ. މިކަމަށްވިސްނެވުންހުއްޓެވެ.
-
16:98
فَإِذَا قَرَأْتَ ٱلْقُرْءَانَ فَٱسْتَعِذْ بِٱللَّهِ مِنَ ٱلشَّيْطَـٰنِ ٱلرَّجِيمِ
Faʹiẓaa q̣araʹtal Q̣urʹaana fastaʻiẓ billaahi minash Shayṭaanir Rajeem.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު قرآن ކިޔަވާ ވިދާޅުވަންޏާ رحمة ން ބޭރުވެވިގެންވާ ނުބައި شيطان އާގެ ނުބައިކަމުން ސަލާމަތްވުމަށް ﷲ ގެ حضرة ން ސަލާމަތާއި ރައްކާތެރިކަން އެދިވަޑައިގަންނަވާށެވެ! އެބަހީ: أَعُوذُ ވިދާޅުވާށެވެ!
-
16:99
إِنَّهُۥ لَيْسَ لَهُۥ سُلْطَـٰنٌ عَلَى ٱلَّذِينَ ءَامَنُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
ʹInnahoo laysa lahoo sulṭaanun ʻalal laẓeena ʹaamanoo wa-ʻalaa Rabbihim yatawakkaloon.
ހަމަކަށަވަރުން إيمان ވެގެން އަދި އެމީހުންގެ ربّ އަށް وكيل ކުރާމީހުންގެމައްޗަށް އެ شيطان އާ އަކަށް އެއްވެސް ބާރެއްނުވެއެވެ.
-
16:100
إِنَّمَا سُلْطَـٰنُهُۥ عَلَى ٱلَّذِينَ يَتَوَلَّوْنَهُۥ وَٱلَّذِينَ هُم بِهِۦ مُشْرِكُونَ
ʹInnamaa sulṭaanuhoo ʻalal laẓeena yatawallawnahoo wallaẓeena hum̃ bihee mushrikoon.
އޭނާއަށް ބާރުލިބިގެންވާކަންކަށަވަރީ އޭނާއަކީ އެމީހުންގެ ވެރިޔާކަމުގައި ބަލާމީހުންގެމައްޗަށެވެ. އަދި އެމީހުން އެކަލާނގެއާއި އެހެނިހެން ފަރާތްތަކާ شريك ކުރާމީހުންގެމައްޗަށެވެ.
-
16:101
وَإِذَا بَدَّلْنَآ ءَايَةً مَّكَانَ ءَايَةٍ ۙ وَٱللَّهُ أَعْلَمُ بِمَا يُنَزِّلُ قَالُوٓا۟ إِنَّمَآ أَنتَ مُفْتَرٍۭ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ
Wa-ʹiẓaa baddalnaaa ʹaayatam makaana ʹaayatiñw wal-laahu ʹAʻlamu bimaa yunazzilu q̣aalooo ʹinnamaaa ʹañta muftar: bal ʹaks̤aruhum laa- yaʻlamoon.
އަދި ތިމަންރަސްކަލާނގެ قرآن ގެ އާޔަތެއްގެ ބަދަލުގައި آية އެއް އޮތްތަނަށް އެހެން آية އެއް - ނުވަތަ ކުރީއޮތް حكم އެއްގެ ބަދަލުގައި އެހެން حكم އެއް ބަދަލުކުރަންޏާވެސް (އެހެނީ ﷲ ބާވައިލައްވާނެ حكم އެއް ނުވަތަ آية އެއް ދެނެވޮޑިގަތުންބޮޑީ ހަމަ ﷲ އެވެ.) އޭރުންވެސް އެމީހުށް يعني: مشرك ން ބުނާނީ ކަލޭގެފާނަކީ ހަމަދޮގުވެރިއެކެވެ. އަދި ކިއެއްހެއްޔެވެ. އެހެންނަކުންނޫނެވެ. އެމީހުންކުރެ ގިނަމީހުންނަކަށް ނޭނގެއެވެ.
-
16:102
قُلْ نَزَّلَهُۥ رُوحُ ٱلْقُدُسِ مِن رَّبِّكَ بِٱلْحَقِّ لِيُثَبِّتَ ٱلَّذِينَ ءَامَنُوا۟ وَهُدًى وَبُشْرَىٰ لِلْمُسْلِمِينَ
Q̣ul nazzalahoo Rooḥul Q̣udusi mir Rabbika bil-Ḥaq̣q̣i liyus̤abbital laẓeena ʹaamanoo Bushraa wa-Hudañwwa lil-Muslimeen.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އެ قرآن ބާވައިލެއްވީ ކަލޭގެފާނުންގެ رَبُّ ގެ حضرة ން حقّ ގޮތުގައި طاهر ވެގެންވާ روح يعني: جبريل عليه السّلام އެވެ. އެއީ إيمان ވެގެންވާ މީހުން ސާބިތުކުރެއްވުމަށްޓަކައެވެ. (އެ قرآن ގެ نَاسِخُ مَنْسُوخُ އަށް އެމީހުން إيمان ވުމުން އެމީހުންގެ إيمان ކަން ގަދަވެ ހަރުދަނާވާނެއެވެ.) އަދި އެއީ ﷲ ގެ أمر ފުޅުތަކަށް ކިޔަމަންވެ ބޯލަނބާމީހުންނަށްވާ ތެދުމަގާއި އުފާވެރިކަމެކެވެ.
-
16:103
وَلَقَدْ نَعْلَمُ أَنَّهُمْ يَقُولُونَ إِنَّمَا يُعَلِّمُهُۥ بَشَرٌ ۗ لِّسَانُ ٱلَّذِى يُلْحِدُونَ إِلَيْهِ أَعْجَمِىٌّ وَهَـٰذَا لِسَانٌ عَرَبِىٌّ مُّبِينٌ
Wa-laq̣ad naʻlamu ʹannahum yaq̣ooloona ʹinnamaa yuʻallimuhoo bashar. Lisaanul laẓee yulḥidoona ʹilayhi ʹaʻjamiyyuñw Wahaaẓaa lisaanun ʻArabiyyum mubeen.
އަދި ހަމަކަށަވަރުން އެ مشرك ންގެމީހުން ބުނާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. (އެމީހުން ބުނެއެވެ.) ހަމަކަށަވަރުން އެކަލޭގެފާނަށް يعني: محمّد ގެފާނަށް އެ قرآن އުގަންނަވައިދެއްވަނީ آدم ގެ ދަރިއެކެވެ. އެމީހުން އެފަރާތަކަށް އެލެނބޭ ބަހަކީ عَجَمِى ބަހެކެވެ. އެބަހީ: އެކަލޭގެފާނަށް އެ قرآن އެ އުގަންނައިދޭ މީހަކީ عَجَمِى އެކެވެ. عرب ނޫން މީހެކެވެ. (އެމީހަކީ بَلْعَام ކިޔާމީހެކެވެ. ނުވަތަ رُومى ންގެ خبر ކިޔާ މީހެކެވެ. ނުވަތަ يَعِيش ކިޔާ މީހެކެވެ. މިއީ ހައްތާވެސް عرب ނޫން މީހުންނެވެ.) = تفسير الطبري = އަދި މި قرآن އަކީ ބަޔާންވެގެން عرب ބަހުންވާ ފޮތެކެވެ. (އެހެންވީއިރު އެވާހަކައަކީވެސް ތާކުންތާކުޖެހޭ ވާހަކައެއްނޫނެވެ.)
-
16:104
إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِـَٔايَـٰتِ ٱللَّهِ لَا يَهْدِيهِمُ ٱللَّهُ وَلَهُمْ عَذَابٌ أَلِيمٌ
ʹInnal lazeena laa- yuʹminoona biʹaayaatil lahi laa- yahdeehimul laahu wa-lahum ʻaẓaabun ʹaleem.
ހަމަކަށަވަރުން ﷲ ގެ އާޔަތްތަކަށް އީމާންނުވާ މީހާއަށް ﷲ ތެދުމަގު ނުދައްކަވައެވެ. ނުވަތަ އެކަލާނގެ ތެދުމަގު ނުދައްކަވާނެއެވެ. އަދި އެމީހުންނަށް (آخرة ގައި) ހުރީ ވޭންދެނިވި عذاب އެވެ.
-
16:105
إِنَّمَا يَفْتَرِى ٱلْكَذِبَ ٱلَّذِينَ لَا يُؤْمِنُونَ بِـَٔايَـٰتِ ٱللَّهِ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْكَـٰذِبُونَ
ʹInnamaa yaftaril kaẓibal laẓeena laa- yuʹminoona biʹaayaatil laahi wa-ʹulaaaʹika humul kaaẓiboon.
ދޮގުއުފައްދައި ދޮގުހަދާކަންކަށަވަރީ ﷲ ގެ އާޔަތްތަކަށް އީމާންނުވާ މީހުންނެވެ. އަދި އެމީހުން އެއީ ކަނޑައެޅިގެން ދޮގުވެރިންނެވެ.
-
16:106
مَن كَفَرَ بِٱللَّهِ مِنۢ بَعْدِ إِيمَـٰنِهِۦٓ إِلَّا مَنْ أُكْرِهَ وَقَلْبُهُۥ مُطْمَئِنٌّۢ بِٱلْإِيمَـٰنِ وَلَـٰكِن مَّن شَرَحَ بِٱلْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ ٱللَّهِ وَلَهُمْ عَذَابٌ عَظِيمٌ
Mañ kafara billaahi mim baʻdi ʹeemaaniheee ʹillaa man ʹukriha wa-q̣albuhoo muṭmaʹinnum bil-ʹEemaani wa-laakim mañ sharaḥa bilkufri ṣadrañ faʻalayhim g̣aḍabum minal laahi wa-lahum ʻaẓaabun ʻaz̤̣eem.
އެމީހަކު އީމާންވުމަށްފަހު އަދި އެމީހާގެ ހިތް އީމާންކަމަށް ހަމަޖެހި މައިތިރިވެގެންވާ حال مجبور ކުރެވިގެން ﷲ އަށް ކާފަރުވާފަދަކަމެއް ކުރެވިއްޖެމީހާ (ދަންނައެވެ!) ފަހެ އެމީހާ ބުނާބަހަކުން އަދި ކަމަކުން އެމީހާގެ މައްޗަށް ފާފައެއްނެތެވެ. އަދި އެހެންނަމަވެސް އެމީހެއްގެ ހިތް ކާފަރުކަމަށް ތަނަވަސްވެ ގަސްދުގައި ކުފުރުގެ ބަސްބުނުމުން ނުވަތަ ކާފަރުވާފަދަ ކަންތައް ކުރުމުން އެމީހުންގެ މައްޗަށް ﷲ ގެ ކޯފާ ވެއެވެ. އަދި އެމީހުންނަށް (آخرة ދުވަހުން) ހުރީ ބޮޑުވެގެންވާ عذب އެވެ.
-
16:107
ذَٰلِكَ بِأَنَّهُمُ ٱسْتَحَبُّوا۟ ٱلْحَيَوٰةَ ٱلدُّنْيَا عَلَى ٱلْـَٔاخِرَةِ وَأَنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْكَـٰفِرِينَ
Ẓaalika biʹannahumus taḥabbul ḥayaatad dunyaa ʻalal ʹAakhirati waʹannal laaha laa- yahdil Q̣awmal kaafireen.
އެ عذاب އެމީހުންނަށް حقّ ވީ ހަމަކަށަވަރުން އެމީހުން آخرة ގެ މައްޗަށް ދުނިޔޭގެ حياة އަށް ލޯބިކުރުމުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން ކާފަރުވެއްޖެ ބަޔަކަށް ﷲ تعالى ތެދުމަގު ނުދައްކަވައެވެ.
-
16:108
أُو۟لَـٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ وَسَمْعِهِمْ وَأَبْصَـٰرِهِمْ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْغَـٰفِلُونَ
ʹUlaaaʹikal laẓeena ṭabaʻal laahu ʻalaa q̣uloobihim wa-samʻihim wa-ʹabṣaarihim wa-ʹulaaaʹika humul G̣aafiloon.
އެމީހުންނަކީ ﷲ تعالى އެމީހުންގެ ހިތްތަކުގައި އަދި އެމީހުންގެ އިވުންތަކުގައްޔާއި އަދި ލޯތަކުގައި ސިއްކަޖައްސަވާފައިވާ މީހުންނެވެ. އަދި ކަނޑައެޅިގެން غافل ންނަކީ އެމީހުންނެވެ.
-
16:109
لَا جَرَمَ أَنَّهُمْ فِى ٱلْـَٔاخِرَةِ هُمُ ٱلْخَـٰسِرُونَ
Laa- jarama ʹannahum fil ʹaakhirati humul khaasiroon.
عجائب އެއްނޫނެވެ. حَقُّ ކަމެކެވެ. އެމީހުންނަކީ آخرة ގައި ހަމަކަށަވަރުން ގެއްލި ހަލާކުވެގެންވާ މީހުންނެވެ.
-
16:110
ثُمَّ إِنَّ رَبَّكَ لِلَّذِينَ هَاجَرُوا۟ مِنۢ بَعْدِ مَا فُتِنُوا۟ ثُمَّ جَـٰهَدُوا۟ وَصَبَرُوٓا۟ إِنَّ رَبَّكَ مِنۢ بَعْدِهَا لَغَفُورٌ رَّحِيمٌ
S̤umma ʹinna Rabbaka lillaẓeena haajaroo mim baʻdi maa- futinoo s̤umma jaahadoo waṣabarooo ʹinna Rabbaka mim baʻdihaa G̣afoorur Raḥeem.
ދެންފަހެ އެބައިމީހުންނަށް އުނދަގޫތަކާއި إمتحان ތައް ޖެހުމަށްފަހު (ﷲ ގެމަގުގައި) هجرة ކޮށް ދެން جهاد ކޮށް އަދި ކެތްތެރިވީމީހުން (ދަންނައެވެ!) ހަމަކަށަވަރުން ކަލޭގެފާނުގެ ربّ އެއީ އެކަންކަމަށްފަހު ގިނަގިނައިން އެމީހުންނަށް ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
16:111
۞ يَوْمَ تَأْتِى كُلُّ نَفْسٍ تُجَـٰدِلُ عَن نَّفْسِهَا وَتُوَفَّىٰ كُلُّ نَفْسٍ مَّا عَمِلَتْ وَهُمْ لَا يُظْلَمُونَ
Yawma taʹtee kullu nafsiñ tujaadilu ʻan nafsihaa wa-tuwaffaa kullu nafsim maa ʻamilat Wahum laa- yuz̤̣lamoon.
ކޮންމެ نفس އެއް އެ نفس އެއްގެ ފަރާތުން جدل ކޮށް حجّة قائم ކުރުމަށް މަސައްކަތްކޮށް އަދި ކޮންމެ نفس އަކަށް އެ نفس އެއް (ދުނިޔޭގައި ކޮށްފައިވާ) عمل ތަކަށް ފުރިހަމަ جزاء ދެއްވޭ ދުވަސް (ހަނދުމަފުޅު ކުރައްވާށެވެ!) އެދުވަހުން އެމީހުންނަށް އެއްވެސް އަނިޔާއެއް ނުލިބޭނެއެވެ. އެއީ قيامة ދުވަހެވެ.
-
16:112
وَضَرَبَ ٱللَّهُ مَثَلًا قَرْيَةً كَانَتْ ءَامِنَةً مُّطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِّن كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ ٱللَّهِ فَأَذَٰقَهَا ٱللَّهُ لِبَاسَ ٱلْجُوعِ وَٱلْخَوْفِ بِمَا كَانُوا۟ يَصْنَعُونَ
Wa-ḍarabal laahu Mas̤alañ q̣aryatañ kaanat ʹaaminatam muṭmaʹinnatañy yaʹteehaa rizq̣uhaa rag̣adam miñ kulli makaaniñ fakafarat biʹanʻumil laahi faʹaẓaaq̣ahal laahu libaasal jooʻi walkhawfi bimaa kaanoo yaṣnaʻoon.
އަދި ﷲ تعالى ރަށެއްގެ މިސާލުޖެއްސެވިއެވެ. އެރަށްވީ އަމާން އަދި ހިތްހަމަޖެހޭ ރަށެއްކަމުގައެވެ. (تفسير علم ގެ أهل ވެރިންގެ ގިނަބޭކަލުން ވިދާޅުވަނީ އެއީ مكّة ކަމުގައެވެ.) އަދި ހުރިހާ ފަރާތްތަކަކުން އެރަށުގެ أهل ވެރިންނަށް ތަނަވަސްކަމާއި ފަސޭހަކަމާ އެކު ރިޒުގު އާދެއެވެ. ދެން އެރަށުގެ أهل ވެރިން ﷲ ގެ نعمة އަށް ކާފަރުވިއެވެ. ދެންފަހެ އޭގެސަބަބުން ބަނޑުހައިހޫނުކަމާއި ބިރުވެރިކަމުގެ ލިބާސް އެމީގައިގާ ﷲ تعالى ލެއްވިއެވެ. އެއީ އެމީހުންކުރާ ކަމުގައިވީކަންތަކުންނެވެ. • ދަންނައެވެ! އެމީހުންނަށްޖެހުނު ބަނޑުހައިހޫނުކަމަކީ رسول ﷲ ﷺ ގެ دعاء ފުޅަށް އެމީހުންނަށް ޖެހުނު ބަނޑުހައިހޫނުކަމެވެ. ބުނެވެނީ ބަނޑުހައިހޫނުކަން ގަދަވެގެންގޮސް ވާނުވާ ނޭނގޭ ހިސާބަށް މީސްތަކުން ދިޔަކަމަށެވެ. އެމީހުނަށްޖެހުނު ބިރުވެރިކަމަކީ رسول ﷲ ﷺ އެމީހުން أسير ކުރެއްވުމެވެ. والله أعلم - އެވާހަކަ دُخَان ސޫރަތުގައި ކޮންމެވެސް ވަރަކަށް ވެއެވެ.
-
16:113
وَلَقَدْ جَآءَهُمْ رَسُولٌ مِّنْهُمْ فَكَذَّبُوهُ فَأَخَذَهُمُ ٱلْعَذَابُ وَهُمْ ظَـٰلِمُونَ
Wa-laq̣ad jaaaʹahum Rasoolum minhum fakaẓẓaboohu faʹakhaẓahumul ʻaẓaabu wa-hum z̤̣aalimoon.
އަދި ހަމަކަށަވަރުން އެމީހުންގެގާތަށް އެމީހުންގެތެރެއިން رسول ބޭކަލަކު ވަޑައިގެންނެވިއެވެ. (އެއީ رسول ﷲ ﷺ އެވެ.) ފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. އެހެންވުމުގެ ސަބަބުން އެމީހުން އަނިޔާވެރިވެގެންވާ حال އެމީހުންނަށް عذاب އައިސްޖެހުނީއެވެ. (އެއީ ބަނޑުހައިހޫނުކަމާއި ބިރުވެރިކަމާއި بدر ހަނގުރާމައިގައި މަރުވެދިއުމެވެ.)
-
16:114
فَكُلُوا۟ مِمَّا رَزَقَكُمُ ٱللَّهُ حَلَـٰلًا طَيِّبًا وَٱشْكُرُوا۟ نِعْمَتَ ٱللَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ
Fakuloo mimmaa razaq̣akumul laahu Ḥalaalañ Ṭayyibaa; washkuroo niʻmatal laahi ʹiñ kuñtum ʹiyyaahu taʻbudoon.
(އޭ މީސްތަކުންނޭވެ!) ފަހެ ކަލޭމެން ﷲ ގެ ރިޒުގު ރަނގަޅު حلال ގޮތުގައި ކައިހަދާށެވެ! އަދި ކަލޭމެންނީ އެކަލާނގެއަށް އަޅުކަންކުރާ ބަޔަކުކަމުގައިވަންޏާ ކަލޭމެން އެކަލާނގެ نعمة ތަކަށް (ﷲ ގެ نعمة ތަކަށް) شكر ކުރާށެވެ!
-
16:115
إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلدَّمَ وَلَحْمَ ٱلْخِنزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ ۖ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ
ʹInnamaa ḥarrama ʻalaykumul maytata waddama wa-laḥmal khiñzeeri wa-maaa ʹuhilla lig̣ayril laahi bih. Famaniḍ ṭurra g̣ayra baag̣iñw walaa ʻaadiñ faʹinnal laaha G̣afoorur Raḥeem.
އެކަލާނގެ ކަލޭމެންގެމައްޗަށް حرام ކުރެއްވިކަންކަށަވަރީ މުޅަތަކެއްޗާއި ލެޔާއި އޫރުމަހާއި އަދި އެއެއްޗެއް ﷲ ގެ ނަންފުޅުގެ މަތީގައި ނޫންގޮތަކަށް ކަތިލެވުނު ކޮންމެއެއްޗެކެވެ. ފަހެ ކާނެއެއްޗެއް ނެތި ގޮތްހުސްވެ ކަންބޮޑުވެއްޖެމީހާ ހަމަކިރިޔާ ފުދޭވަރަށް އަދި އެއީ أصل ގައި حرام ތަކެތިކަމުގައި قبول ކުރުމާއިއެކު އެމީހާ އަނިޔާވެރިއަކުކަމުގައި ނުވާޙާލު އެއިން އެތިކޮޅެއް ބޭނުންކުރުމަކުން (އެމީހެއްގެމައްޗަށް ފާފައެއްނެތެވެ.) ހަމަކަށަވަރުން ﷲ تعالى އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުކަލާނގެއެވެ.
-
16:116
وَلَا تَقُولُوا۟ لِمَا تَصِفُ أَلْسِنَتُكُمُ ٱلْكَذِبَ هَـٰذَا حَلَـٰلٌ وَهَـٰذَا حَرَامٌ لِّتَفْتَرُوا۟ عَلَى ٱللَّهِ ٱلْكَذِبَ ۚ إِنَّ ٱلَّذِينَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ لَا يُفْلِحُونَ
wa-laa taq̣ooloo limaa taṣifu ʹalsinatukumul kaẓiba haaẓaa ḥalaaluñw wahaaẓaa ḥaraamul litaftaroo ʻalal laahil kaẓib. ʹInnal laẓeena yaftaroona ʻalal laahil kaẓiba laa- yufliḥoon.
(އޭ މީސްތަކުންނޭވެ!) ﷲ ގެމައްޗަށް ދޮގުތައްހަދައިގަތުމަށްޓަކައި ކަލޭމެންގެ ދޫތައް އެސިފަކުރާ ދޮގުތަކުން "މީތި حلال އޭ، އަދި، މީތި حرام އޭ" މިހެން ކަލޭމެން ނުބުނާށެވެ! ހަމަކަށަވަރުން ﷲ ގެމައްޗަށް ދޮގުހަދާމީހުން ކާމިޔާބު ނުވާނެކަން ކަށަވަރެވެ.
-
16:117
مَتَـٰعٌ قَلِيلٌ وَلَهُمْ عَذَابٌ أَلِيمٌ
Mataaʻuñ q̣aleel; wa-lahum ʻaẓaabun ʹaleem.
އެމީހުންގެ (ދުނިޔޭގެ حياة ގައި އެތިބޭ ވަގުތުކޮޅު އެއީ) ދާދިކުޑަކުޑަ އަރާމުކޮޅެކެވެ. އަދި (آخرة ދުވަހުން) އެމީހުންނަށް ހުރީ ވޭންދެނިވި عذاب އެވެ.
-
16:118
وَعَلَى ٱلَّذِينَ هَادُوا۟ حَرَّمْنَا مَا قَصَصْنَا عَلَيْكَ مِن قَبْلُ ۖ وَمَا ظَلَمْنَـٰهُمْ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ
Wa-ʻalal laẓeena haadoo ḥarramnaa maa- q̣aṣaṣnaa ʻalayka miñ q̣abl: wa-maa z̤̣alamnaahum wa-laakiñ kaanooo ʹañfusahum yaz̤̣limoon.
އަދި މީގެކުރީން ކަލޭގެފާނަށް ތިމަންރަސްކަލާނގެ އަންގަވާ بيان ކުރެއްވި ތަކެތި يهودي ވީ މީސްތަކުންގެމައްޗަށް حرام ކުރެއްވީމެވެ. (އެއީ أَنْعَام ސޫރަތުގައި ބަޔާންކުރައްވާފައިވާ ފަދައިންނެވެ.) އަދި ތިމަންރަސްކަލާނގެ އެމީހުންނަށް އަނިޔާވެރިވެވޮޑި ނުގަންނަވަމެވެ. އަދި އެކަމަކު އެމީހުން އެމީހުންގެ نفس ތަކަށް އަނިޔާވެރިވާކަމުގައިވިއެވެ.
-
16:119
ثُمَّ إِنَّ رَبَّكَ لِلَّذِينَ عَمِلُوا۟ ٱلسُّوٓءَ بِجَهَـٰلَةٍ ثُمَّ تَابُوا۟ مِنۢ بَعْدِ ذَٰلِكَ وَأَصْلَحُوٓا۟ إِنَّ رَبَّكَ مِنۢ بَعْدِهَا لَغَفُورٌ رَّحِيمٌ
S̤umma ʹinna Rabbaka lillaẓeena ʻamilus soooʹa bijahaalatiñ s̤umma taaboo mim baʻdi ẓaalika wa-ʹaṣlaḥooo ʹinna Rabbaka mim baʻdihaa la-G̣afoorur Raḥeem.
ދެން ކަލޭގެފާނުންގެ ربّ (ދަންނައެވެ!) ނޭނގިގެން ނުބައިކަންތައްތައް ކުރިމީހުން އެމީހުންނަށް އެކަން ކުރެވުމަށްފަހު توبة ވެ އަދި އެމީހުންގެ حال ތައް إصلاح ކޮށްފިއްޔާ އޭގެފަހުގައި ހަމަކަށަވަރުން ކަލޭގެފާނުގެ ربّ (އެމީހުންނަށް ފުއްސަވާ رحمة ލައްވާހުއްޓެވެ.) ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
16:120
إِنَّ إِبْرَٰهِيمَ كَانَ أُمَّةً قَانِتًا لِّلَّهِ حَنِيفًا وَلَمْ يَكُ مِنَ ٱلْمُشْرِكِينَ
ʹInna ʹIbraaheema kaana ʹummatañ q̣aanital lillaahi ḥaneefaa: wa-lam yaku minal mushrikeen:
ހަމަކަށަވަރުން إبراهيم عليه السّلام ވެވަޑައިގެންނެވީ ﷲ އަށް ކިޔަމަންތެރިވެވަޑައިގެންވާ أمّة އެއްކަމުގައެވެ. شرك ން ދުރުވެވަޑައިގެން توحيد އަށް ސީދާވެގެންވާ ހެޔޮކަން އުގަންނަވައިދެއްވާ مُعَلِّم އެއްކަމުގައެވެ. އެކަލޭގެފާނުން مشرك ންގެތެރެއިން ނުވެއެވެ.
-
16:121
شَاكِرًا لِّأَنْعُمِهِ ۚ ٱجْتَبَىٰهُ وَهَدَىٰهُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
Shaakiral liʹanʻumih: ʹijtabaahu wa-hadaahu ʹilaa Ṣiraatim Mustaq̣eem.
ﷲ ގެ نعمة ތަކަށް شكر ކުރައްވާ ބޭކަލަކުކަމުގައެވެ. އެކަލާނގެ އެކަލޭގެފާނު إختيار ކުރައްވައި خاصّ ކުރެއްވިއެވެ. އަދި އެކަލާނގެ އެކަލޭގެފާނަށް ސީދާވެގެންވާ ތެދުމަގު ދެއްކެވިއެވެ.
-
16:122
وَءَاتَيْنَـٰهُ فِى ٱلدُّنْيَا حَسَنَةً ۖ وَإِنَّهُۥ فِى ٱلْـَٔاخِرَةِ لَمِنَ ٱلصَّـٰلِحِينَ
Wa-ʹaataynaahu fid dunyaa Ḥasanah: wa-ʹinnahoo fil ʹAakhirati laminaṣ Ṣaaliḥeen.
އަދި ތިމަންރަސްކަލާނގެ ދުނިޔޭގައި އެކަލޭގެފާނަށް ހެޔޮކަމެއް (ރަނގަޅުކަމެއް) ދެއްވީމެވެ. (އެއީ ދުނިޔެ ދެމިއޮތްހާހިނދަކު މީސްތަކުންގެ ދޫތަކުން އެކަލޭގެފާނަށް ރިވެތި ثناء ކިއުމާއި تعريف ކުރުން ލެއްވުމެވެ.) އަދި ހަމަކަށަވަރުން آخرة ގައި އެކަލޭގެފާނުވާހުށީ ކަނޑައެޅިގެން صالح މާތް ބޭކަލުންގެތެރެއިންނެވެ.
-
16:123
ثُمَّ أَوْحَيْنَآ إِلَيْكَ أَنِ ٱتَّبِعْ مِلَّةَ إِبْرَٰهِيمَ حَنِيفًا ۖ وَمَا كَانَ مِنَ ٱلْمُشْرِكِينَ
S̤umma awḥaynaaa ʹilayka ʹanit tabiʻ Millata ʹIbraaheema Ḥaneefaa, wa-maa kaana minal mushrikeen.
(އޭ رسول ﷲ އެވެ!) ދެން شرك ން ފޭވެ توحيد އާ ސީދާވެގެންވާ إبراهيم عليه السّلام ގެ دين އާ تبع ވެވަޑައިގެންނެވުމަށް ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحي ކުރެއްވީމެވެ. އަދި އެކަލޭގެފާނު يعني: إبراهيم عليه السّلام مشرك ންގެތެރެއިން ވެވަޑައި ނުގަންނަވައެވެ.
-
16:124
إِنَّمَا جُعِلَ ٱلسَّبْتُ عَلَى ٱلَّذِينَ ٱخْتَلَفُوا۟ فِيهِ ۚ وَإِنَّ رَبَّكَ لَيَحْكُمُ بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ
Innamaa juʻilas Sabtu ʻalal laẓeenakh talafoo feeh: wa-ʹinna Rabbaka layaḥkumu baynahum Yawmal Q̣iyaamati feemaa kaanoo feehi yakhtalifoon.
ހޮނިހިރުދުވަސް ލައްވާފައިވަނީ އެދުވަހާ މެދު ދެބަސްވެ إختلاف ވީމީހުންގެމައްޗަށެވެ. އަދި (އޭ رسول އެވެ!) قيامة ދުވަހުން ކަލޭގެފާނު ގެ ربّ އެމީހުންގެ މެދު ގައި إختلاف ވެ ދެބަސްވާ ކަންތަކާ މެދު حكم ކުރައްވާނެކަން ކަށަވަރެވެ. • ދަންނައެވެ! ހޮނިހިރުދުވަހާ މެދު إختلاف ވީ ހަފްތާގެ ދުވަސްތަކުގެތެރެއިން يهودي ން إختيار ކުރާނެ ދުވަހެއް إختيار ކުރަން އެންގެވީމާ އެއްބަޔަކު ބުނީ ހުކުރުދުވަސް ކަމަށެވެ. އަނެއްބަޔަކަށް ފެނުނީ ހޮނިހިރުދުވަސްކަމަށެވެ. އަދި އަނެއްބަޔަކަށް ފެނުނީ އާދީއްތަދުވަސްކަމަށެވެ. އެންމެފަހުން އެމީހުން إختيار ކުރީ ހޮނިހިރުދުވަހެވެ. ހުކުރުދުވަސް ނަގާކަށް ނޭނގުނެވެ. އެމީހުންގެގާތުގައި ހަފްތާގެ މާތްދުވަހަކީ ހޮނިހިރުދުވަހެވެ. والله أعلم.
-
16:125
ٱدْعُ إِلَىٰ سَبِيلِ رَبِّكَ بِٱلْحِكْمَةِ وَٱلْمَوْعِظَةِ ٱلْحَسَنَةِ ۖ وَجَـٰدِلْهُم بِٱلَّتِى هِىَ أَحْسَنُ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ ۖ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ
ʹUdʻu ʹilaa sabeeli Rabbika bilḥikmati walmawʻiz̤̣atil ḥasanati wa-jaadilhum̃ billatee hiya ʹaḥsan: ʹInna Rabbaka Huwa ʹAʻlamu bimañ ḍalla ʻañ Sabeelihee wa-Huwa ʹaʻlamu bil-Muhtadeen.
ކަލޭގެފާނުގެ ربّ ގެ މަގަށް އެބަހީ: إسلام دين އަށް ކަލޭގެފާނު ގޮވައިލައްވާށެވެ! އެއީ حكمة އާއި قرآن ގެ وعظ އާއި نصيحة އާއި إرشاد ންނެވެ. އަދި ރަނގަޅުގޮތުގައި އެމީހުންނާ جدل ކުރައްވާށެވެ! ދަންނައެވެ! މިއާޔަތުން މި އިޝާރާތްކުރައްވަނީ ދީނަށް ގޮވާލުމުގެ ތިންދަރަޖައަށެވެ. ފުރަތަމަ حكمة ންނެވެ. އެއީ جاهل ންނާމެދުގައެވެ. ދެވަނައަށް وعظ އާއި نصيحة ންނެވެ. އެއީ ކޮންމެވެސް ވަރަކަށް ދަންނަ އެކަމަކު ރަނގަޅަށް ނުފިލާ މީހުންނަށެވެ. ތިންވަނައަށް جدل ކުރެއްވުމާއެކުގައެވެ. އެއީ ތަންދޮރުދަންނަ އެކަމަކު ދެކޮޅުހަދާމީހުންނަށެވެ. މިތިންބައިމީހުންނާމެދު އޮތް ތިން ދަރަޖައަށް ނުވިސްނައި ދީނަށްގޮވާލެވިއްޖެއްޔާ دعوة ނާކާމިޔާބުވުން އެކަށީގެންވެއެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެކަލާނގެމަގުން ފޭވެ ފުރެދިފައިވާމީހާ ދެނެވޮޑިގެންވެއެވެ. އަދި ތެދުމަގުގައިވާ މީހުންވެސް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ.
-
16:126
وَإِنْ عَاقَبْتُمْ فَعَاقِبُوا۟ بِمِثْلِ مَا عُوقِبْتُم بِهِۦ ۖ وَلَئِن صَبَرْتُمْ لَهُوَ خَيْرٌ لِّلصَّـٰبِرِينَ
Wa-ʹin ʻaaq̣abtum faʻaaq̣iboo bimis̤li maa- ʻooq̣ibtum̃ bih: wa-laʹiñ ṣabartum lahuwa khayrul liṣ-Ṣaabireen.
އަދި އެ مشرك ންގެމީހުން ކަލޭމެން مؤمن ންނަށް عقوبة ދީ އަނިޔާކޮށްފިއްޔާ އެމީހުން ކަލޭމެނަށް އަނިޔާކޮށް عقوبة ދިންފަދައަކުން ކަލޭމެންވެސް އެމީހުންނަށް އަނިޔާކޮށް عقوبة ދޭށެވެ! (އެއަށްވުރެ މައްޗަށް ނުގެންދާށެވެ!) އަދި ކަލޭމެން އެމީހުންނަށް عقوبة ނުދީ ކެތްތެރިވެއްޖެއްޔާ يقين ންވެސް އެގޮތް މާހެޔޮވެގެންވެއެވެ.
-
16:127
وَٱصْبِرْ وَمَا صَبْرُكَ إِلَّا بِٱللَّهِ ۚ وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُ فِى ضَيْقٍ مِّمَّا يَمْكُرُونَ
Waṣbir wa-maa ṣabruka ʹillaa billaahi wa-laa taḥzan ʻalayhim wa-laa taku fee ḍayq̣im mimmaa yamkuroon.
އަދި ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނު ގެ ކެތްތެރިވެވަޑައިގަތުންވަނީ ﷲ ގެ حضرة ގައެވެ. އެބަހީ: އެއީ ﷲ ގެ توفيق އާއި އެކަލާނގެ فضل ވަންތަކަމާއި އެހީތެރިވެވޮޑިގަތުމެވެ. އަދި އެމީހުންގެމައްޗަށް (އެބަހީ: އެ مشرك ން އީމާންނުވެގެން) ހިތާމަފުޅު ނުކުރައްވާށެވެ! އަދި އެމީހުން إسلام دين އާ އިދިކޮޅަށް ރާވާރޭވުމާއި ހަދާ މަކަރުގެ ސަބަބުން ހިތްޕުޅު ދަތިނުކުރައްވާށެވެ!
-
16:128
إِنَّ ٱللَّهَ مَعَ ٱلَّذِينَ ٱتَّقَوا۟ وَّٱلَّذِينَ هُم مُّحْسِنُونَ
ʹInnal laaha maʻal laẓeenat taq̣aw wal-laẓeena hum Muḥsinoon.
ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ تقوى ވެރިވީމީހުންނާއި އަދި އެމީހުންނީ إحسان ތެރިންކަމުގައިވީ މީހުންނާ އެކުގައެވެ.