Surah YusufBegins here at 12:53
-
12:53
۞ وَمَآ أُبَرِّئُ نَفْسِىٓ ۚ إِنَّ ٱلنَّفْسَ لَأَمَّارَةٌۢ بِٱلسُّوٓءِ إِلَّا مَا رَحِمَ رَبِّىٓ ۚ إِنَّ رَبِّى غَفُورٌ رَّحِيمٌ
Wa-maaa ʹubarriʻu nafsee: ʹinnan nafsa laʹammaaratum bissoooʹi ʹillaa maa- raḥima Rabbee: ʹinna Rabbee G̣afoorur Raḥeem.
އަދި އަހުރެން އަހުރެންގެ نفس ބަރީއަ ނުކުރަމެވެ. އެހެނީ ހަމަކަށަވަރުން نفس އަކީ ނުބައިކަންތަކަށް أمر ކުރާ އެއްޗެކެވެ. ﷲ رحمة ލެއްވި نفس އެއްމެނުވީއެވެ. ހަމަކަށަވަރުން ތިމަންގެ ربّ އެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުންބޮޑު ކަލާނގެއެވެ. (މިއާޔަތް މިވަނީ ހަމަކުރީ އާޔަތާ ގުޅިފައެވެ.) އެކެއްގެ ވާހަކައެވެ. (والله أعلم)
-
12:54
وَقَالَ ٱلْمَلِكُ ٱئْتُونِى بِهِۦٓ أَسْتَخْلِصْهُ لِنَفْسِى ۖ فَلَمَّا كَلَّمَهُۥ قَالَ إِنَّكَ ٱلْيَوْمَ لَدَيْنَا مَكِينٌ أَمِينٌ
Wa-q̣aalal malikuʹ toonee biheee ʹastakhliṣhu linafsee. Falammaa kallamahoo q̣aala ʹinnakal yawma ladaynaa makeenun ʹameen!
އަދި ރަސްގެފާނު ވިދާޅުވިއެވެ. " އަހުރެންގާތަށް ކަލޭމެން އެކަލޭގެފާނު ގެންނާށެވެ! އަހުރެން އަހުރެންގެ އަމިއްލަ نفس އަށް އޭނާ خاصّ ކުރާހުށީމެވެ.) ދެންފަހެ އެކަލޭގެފާނު ޖަލުން ގެންނަވައި އެކަލޭގެފާނާއި ރަސްގެފާނު ވާހަކަފުޅު ދެއްކެވިހިނދުން ވިދާޅުވިއެވެ. (ހަމަކަށަވަރުން މިއަދު ކަލޭގެފާނަކީ އަހުރެންގެގާތުގައި ދަރަޖަޔާއި قدر ހުރި أمانة ތެރިއެކެވެ. މާތްމީހެކެވެ."
-
12:55
قَالَ ٱجْعَلْنِى عَلَىٰ خَزَآئِنِ ٱلْأَرْضِ ۖ إِنِّى حَفِيظٌ عَلِيمٌ
Q̣aalaj ʻalnee ʻalaa khazaaaʹinil ʹarḍ: ʹinnee ḥafeez̤̣un ʻaleem.
އެކަލޭގެފާނު يعني: يوسف عليه السّلام ވިދާޅުވިއެވެ. "ބިމުގެ خزانة ތަކުގެމައްޗަށް އެބަހީ: ރަށުގެ ماليّة މައްޗަށް ތިމަންކަލޭގެފާނު ވެރިކޮށްދެއްވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނީ އެކަމުގެމައްޗަށް ރައްކާތެރިވާ އަދި އެކަން ދެނެހުރި މީހަކީމެވެ. (އެކަމަށްޓަކައި ﷲ وحي ކުރެއްވިއެވެ.)
-
12:56
وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِى ٱلْأَرْضِ يَتَبَوَّأُ مِنْهَا حَيْثُ يَشَآءُ ۚ نُصِيبُ بِرَحْمَتِنَا مَن نَّشَآءُ ۖ وَلَا نُضِيعُ أَجْرَ ٱلْمُحْسِنِينَ
Wa-kaẓaalika makkannaa li-Yoosufa fil ʹarḍi yatabawwaʹu minhaa ḥays̤u yashaaaʹ. Nuṣeebu bi-Raḥmatinaa man nashaaaʹu wa-laa nuḍeeʻu ʹajral Muḥsineen.
ތިމަންރަސްކަލާނގެ يوسف (عليه السّلام) އަށް (مصر ގެ) ބިމުގައި تمكين ކޮށްދެއްވައި ހަމަޖައްސައިދެއްވީ އެފަދައިންނެވެ. އެއީ އެކަލޭގެފާނު އެދިވަޑައިގަންނަވާފަދައަކުން އެބިމުން އެކަލޭގެފާނު މަންޒިލެއް ހިއްޕަވައި ވަޒަންވެރިވެވަޑައިގެންނެވުމަށެވެ. ތިމަންރަސްކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ތިމަންރަސްކަލާނގެ رحمة ތިމަންރަސްކަލާނގެ ދިމާކުރައްވައެވެ. رحمة ލައްވަމެވެ. إحسان ތެރިންގެ ދަރުމަ ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވަމެވެ.
-
12:57
وَلَأَجْرُ ٱلْـَٔاخِرَةِ خَيْرٌ لِّلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ
Wa-laʹajrul ʹAakhirati khayrul lillaẓeena ʹaamanoo wa-kaanoo yattaq̣oon.
އަދި آخرة ގެ ދަރުމަ އީމާންވެ تقوى ވެރިވާމީހުންނަށް މާހެޔޮވެގެންވެއެވެ.
-
12:58
وَجَآءَ إِخْوَةُ يُوسُفَ فَدَخَلُوا۟ عَلَيْهِ فَعَرَفَهُمْ وَهُمْ لَهُۥ مُنكِرُونَ
Wa-jaaaʹa ʹikhwatu Yoosufa fadakhaloo ʻalayhi faʻarafahum wa-hum lahoo muñkiroon.
އަދި يوسف عليه السّلام ގެ أخ ން އަތުވެއްޖެއެވެ. އަދި އެކަލޭގެފާނުންގެ އަރިހަށް އެމީހުން ހިނގައްޖެއެވެ. އަދި އެކަލޭގެފާނަށް އެމީހުން އެނގިވަޑައިގެންފިއެވެ. އަދި އެމީހުން ވީ އެކަލޭގެފާނު ނޭނގޭ ބަޔަކުކަމުގައެވެ.
-
12:59
وَلَمَّا جَهَّزَهُم بِجَهَازِهِمْ قَالَ ٱئْتُونِى بِأَخٍ لَّكُم مِّنْ أَبِيكُمْ ۚ أَلَا تَرَوْنَ أَنِّىٓ أُوفِى ٱلْكَيْلَ وَأَنَا۠ خَيْرُ ٱلْمُنزِلِينَ
Wa-lammaa jahhazahum̃ bijahaazihim q̣aalaʹ toonee biʹakhil lakum min ʹabeekum: ʹalaa tarawna ʹanneee ʹoofil kayla wa-ʹana khayrul muñzileen?
އަދި އެކަލޭގެފާނު އެމީހުންނަށް ތައްޔާރުކޮށްދެއްވަންވީ ތަކެތި ތައްޔާރުކޮށްދެއްވާ (ދަތުރަށް ފުރަންވީހިނދުން) ވިދާޅުވިއެވެ. "ކަލޭމެންނަށްވާ أخ (بنيا مين) ކަލޭމެންގެ ބައްޕަގެ އަރިހުން ލިބިގަނެގެން އޭނާ ތިމަންކަލޭގެފާނު އަރިހަށް ގެނަސްދޭށެވެ!" މިނުން އެންމެ ރަނގަޅަށް ފުރިހަމަކޮށްދެނީ ތިމަންކަލޭގެފާނުންކަން ކަލޭމެން ނުދެކެމުހެއްޔެވެ؟ އަދި ތިމަންކަލޭގެފާނީ މެހްމާނުންނަށް އެންމެ ހެޔޮކޮށް މެހްމާންދާރީ އަދާކުރާ މީހާއެވެ. (އެކަންވެސް ކަލޭމެންނަށް އެނގޭނެއެވެ.)
-
12:60
فَإِن لَّمْ تَأْتُونِى بِهِۦ فَلَا كَيْلَ لَكُمْ عِندِى وَلَا تَقْرَبُونِ
Faʹil lam taʹtoonee bihee falaa kayla lakum ʻiñdee wa-laa taq̣raboon.
"ފަހެ ކަލޭމެން އޭނާ ތިމަންކަލޭގެފާނުންގެ އަރިހަށް ނުގެނައީވިއްޔާ ތިމަންކަލޭގެފާނުގެ ގާތުން ދެން ކަލޭމެނަށް މިނެދިނުމެއް ނެތެވެ. (ވިޔަފާރިއެއް ނެތެވެ.) އަދި ތިމަންކަލޭގެފާނު ގެ ކައިރިޔަށް ކަލޭމެން ނާންނާށެވެ!"
-
12:61
قَالُوا۟ سَنُرَٰوِدُ عَنْهُ أَبَاهُ وَإِنَّا لَفَـٰعِلُونَ
Q̣aaloo sanuraawidu ʻanhu ʹabaahu wa-ʹinnaa lafaaʻiloon.
އެމީހުން ދެންނެވިއެވެ. "އަހުރެމެން އޭނާ ގެނެވޭތޯ އޭނާގެ ބައްޕަގެ އަރިހުން އެދޭނަމެވެ. ކޮންމެވެސް ގޮތެއް ހަދައިގެން އެކަންވޭތޯ ބަލާނަމެވެ. އެކަންކުރާނަމެވެ."
-
12:62
وَقَالَ لِفِتْيَـٰنِهِ ٱجْعَلُوا۟ بِضَـٰعَتَهُمْ فِى رِحَالِهِمْ لَعَلَّهُمْ يَعْرِفُونَهَآ إِذَا ٱنقَلَبُوٓا۟ إِلَىٰٓ أَهْلِهِمْ لَعَلَّهُمْ يَرْجِعُونَ
Wa-q̣aala lifityaanihij ʻaloo biḍaaʻatahum fee riḥaalihim laʻallahum yaʻrifoonahaaa ʹiẓañ q̣alabooo ʹilaaa ʹahlihim laʻallahum yarjiʻoon.
އަދި އެކަލޭގެފާނު (يوسف عليه السلام) އެކަލޭގެފާނުންގެ غُلام ންނަށް ވިދާޅުވިއެވެ. "އެމީހުން ކާނާގަންނަން ގެނައި ތަކެތި (އެމީހުންނަށް ނޭނގޭގޮތަށް) އެމީހުންގެ ދަތުރުސާމާނުތަކުގެތެރެއަށް ލާށެވެ! އަނބުރާ ގެންދާށެވެ! އެމީހުން އެމީހުންގެ أهل ވެރިންގާތަށް އެނބުރި ހިނގައްޖެއްޔާ އެތަކެތި އެމީހުންނަށް ރައްދުވެފައިވާކަން އެންގެވުމަށްޓަކައެވެ. އަދި އެއީ އެމީހުން އަނބުރާ އައުމުގެ أمّيد ގައެވެ."
-
12:63
فَلَمَّا رَجَعُوٓا۟ إِلَىٰٓ أَبِيهِمْ قَالُوا۟ يَـٰٓأَبَانَا مُنِعَ مِنَّا ٱلْكَيْلُ فَأَرْسِلْ مَعَنَآ أَخَانَا نَكْتَلْ وَإِنَّا لَهُۥ لَحَـٰفِظُونَ
Falammaa rajaʻooo ʹilaaa ʹabeehim q̣aaloo yaaaʹabaanaa muniʻa minnal kaylu faʹarsil maʻanaaa ʹakhaanaa naktal wa-ʹinnaa lahoo laḥaafiz̤̣oon.
ފަހެ އެމީހުން އެމީހުންގެ ބައްޕަގެގާތަށް އެނބުރި رجوع ވީހިނދުން އެމީހުން ދެންނެވިއެވެ. "އޭ އަހުރެމެންގެ ބައްޕާއެވެ. އަހުރެމެންނަށް ކާނާދިނުން މަނާވެވިއްޖެއެވެ. (އެއީ އަހުރެމެންގެ أخ بُنْيَامِين އަހުރެމެންނާއެކު ނުގެންދިޔައްޔާއެވެ.) ފަހެ އެހެންވެ އަހުރެމެންގެ أخ އަހުރެމެންނާ އެކު ފޮނުއްވާދެއްވާށެވެ! އޭރުން އަހުރެމެންނަށް މިނެވޭނެއެވެ. (ކާނާ ލިބޭނެއެވެ.) އަދި ހަމަކަށަވަރުން އަހުރެމެންވާހުށީ އޭނާއަށް ރައްކާތެރިވާ ބަޔަކުކަމުގައެވެ."
-
12:64
قَالَ هَلْ ءَامَنُكُمْ عَلَيْهِ إِلَّا كَمَآ أَمِنتُكُمْ عَلَىٰٓ أَخِيهِ مِن قَبْلُ ۖ فَٱللَّهُ خَيْرٌ حَـٰفِظًا ۖ وَهُوَ أَرْحَمُ ٱلرَّٰحِمِينَ
Q̣aala hal ʹaamanukum ʻalayhi ʹillaa kamaaa ʹamiñtukum ʻalaaa ʹakheehi miñ q̣abl? Fal-laahu khayrun ḥaafiz̤̣aa, wa-Huwa ʹArḥamur raaḥimeen!
އެކަލޭގެފާނު ވިދާޅުވިއެވެ. "މީގެކުރީ ކަލޭމެންގެ أخ (يوسف) ގެމައްޗަށް ކަލޭމެން އަމާންވީފަދައިން މެނުވީ ކަލޭމެން މީނާގެމައްޗަށްވެސް އަމާންވެ ރައްކާތެރިވާނެހެއްޔެވެ؟ (އެބަހީ: ވާނީ ހަމައެގޮތެވެ.) ފަހެ، ރައްކާތެރި ކުރެއްވުމުގެގޮތުން ﷲ މާ ހެވެވެ. އަދި އެކަލާނގެއީ رحم ކުރާފަރާތްތަކުގެ ތެރެއިން رَحم އެންމެބޮޑު ކަލާނގެއެވެ."
-
12:65
وَلَمَّا فَتَحُوا۟ مَتَـٰعَهُمْ وَجَدُوا۟ بِضَـٰعَتَهُمْ رُدَّتْ إِلَيْهِمْ ۖ قَالُوا۟ يَـٰٓأَبَانَا مَا نَبْغِى ۖ هَـٰذِهِۦ بِضَـٰعَتُنَا رُدَّتْ إِلَيْنَا ۖ وَنَمِيرُ أَهْلَنَا وَنَحْفَظُ أَخَانَا وَنَزْدَادُ كَيْلَ بَعِيرٍ ۖ ذَٰلِكَ كَيْلٌ يَسِيرٌ
Wa-lammaa fataḥoo mataaʻahum wajadoo biḍaaʻatahum ruddat ʹilayhim. Q̣aaloo yaaaʹabaanaa maa- nabg̣ee? Haaẓihee biḍaaʻatunaa ruddat ʹilaynaa: wa-nameeru ʹahlanaa wa-naḥfaz̤̣u ʹakhaanaa wa-nazdaadu kayla baʻeer. Ẓaalika kayluñy yaseer.
އަދި އެމީހުން އެމީހުންގެ ދަތުރުގެސާމާނުތައް ހުޅުވިހިނދު އެމީހުން ކާނާގަންނަން ގެންދިޔަތަކެތި އަނބުރާ އެމީހުންނަށް ރައްދުކުރެވިގެންވަނިކޮށް އެމީހުން ދެކެފިއެވެ. އެމީހުން ދެންނެވިއެވެ. "އޭ އަހުރެމެންގެ ބައްޕާފުޅާއެވެ! މީގެއިތުރަށް ދެން އަހުރެމެން އެދޭނީ ކޮންއެއްޗެއްހެއްޔެވެ؟ / ނުވަތަ މިއީ އަހުރެމެން އެދޭގޮތެއްނޫނެވެ. މިހުރީ އަހުރެމެން ގެންދިޔަތަކެތި އަނބުރާ އަހުރެމެންނަށް ރައްދުކުރެވިފައެވެ. (ވީމާ އަހުރެމެން އަލުންދާނީއެވެ.) އަދި އަހުރެމެން އަހުރެމެންގެ أهل ވެރިންނަށް ކާނާ ގެނަސްދޭނީއެވެ. އަދި އަހުރެމެން ގެ أخ އާއަށް އަހުރެމެން ރައްކާތެރިވާނަމެވެ. އަދި އިތުރު بعير އެއްގެކާނާ (އިތުރު جمل އެއް ބަރުކޮށް ކާނާ) އަހުރެމެންނަށް ލިބޭނެއެވެ. އެއީ (އެރަސްގެފާނުންގެ نسبة ގައި) ދާދިފަސޭހަ މިނެދިނުމެކެވެ."
-
12:66
قَالَ لَنْ أُرْسِلَهُۥ مَعَكُمْ حَتَّىٰ تُؤْتُونِ مَوْثِقًا مِّنَ ٱللَّهِ لَتَأْتُنَّنِى بِهِۦٓ إِلَّآ أَن يُحَاطَ بِكُمْ ۖ فَلَمَّآ ءَاتَوْهُ مَوْثِقَهُمْ قَالَ ٱللَّهُ عَلَىٰ مَا نَقُولُ وَكِيلٌ
Q̣aala lan ʹursilahoo maʻakum ḥattaa tuʹtooni maws̤iq̣am minal laahi lataʹtunnanee biheee ʹillaaa ʹañy yuḥaaṭa bikum. Falammaaa ʹaatawhu maws̤iq̣ahum q̣aalal laahu ʻalaa maa- naq̣oolu Wakeel!
އެކަލޭގެފާނު يعني: يعقوب (عليه السّلام) ވިދާޅުވިއެވެ. "ތިމަންކަލޭގެފާނަށް އޭނާ އަނބުރާ ގެނަސްދޭނެކަމުގެމައްޗަށް އިތުބާރުކުރެވޭފަދަ عهد ކަށަވަރެއް ކަލޭމެން ގެނަސްދިނިއްޔާމެނުވީ، އެބަހީ: ﷲ ގަންދީ އެގޮތަށް ހުވައިކުރިއްޔާމެނުވީ ތިމަންކަލޭގެފާނު ކަލޭމެނާއެކު އޭނާ ނުފޮނުވާނަމެވެ. އެއީ އޭނާޔާއިގެން ކަލޭމެންނަށް ނާދެވޭފަދަ مصيبة އެއް ކަލޭމެނަށް ޖެހުނިއްޔާމެނުވީއެވެ." (ދެން އެމީހުން އެކަލޭގެފާނަށް އެ عهد ކަށަވަރުދެއްވީއެވެ.) ދެންފަހެ އެމީހުން އެ عهد ކަށަވަރު ދެއްވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. "އަހުރެމެން މިދެއްކި ވާހަކަޔާއި عهد ކަށަވަރާ މެދު ﷲ އާ وكيل އެވެ." (އޭގެފަހުގައި އެކަލޭގެފާނު އެމީހުންނާ އެ أخ حوال ކުރެއްވީއެވެ.)
-
12:67
وَقَالَ يَـٰبَنِىَّ لَا تَدْخُلُوا۟ مِنۢ بَابٍ وَٰحِدٍ وَٱدْخُلُوا۟ مِنْ أَبْوَٰبٍ مُّتَفَرِّقَةٍ ۖ وَمَآ أُغْنِى عَنكُم مِّنَ ٱللَّهِ مِن شَىْءٍ ۖ إِنِ ٱلْحُكْمُ إِلَّا لِلَّهِ ۖ عَلَيْهِ تَوَكَّلْتُ ۖ وَعَلَيْهِ فَلْيَتَوَكَّلِ ٱلْمُتَوَكِّلُونَ
Wa-q̣aala yaa-baniyya laa- tadkhuloo mim baabiñw waa-ḥidiñw wadkhuloo min ʹabwaabim mutafarriq̣ah. Wa-maaa ʹug̣nee ʻañkum minal laahi miñ shayʹ: ʹinil ḥukmu ʹillaa lillaah: ʻalayhi tawakkalt: wa-ʻalayhi fal-yatawakkalil Mutawakkiloon.
އަދި يعقوب عليه السّلام ވިދާޅުވިއެވެ. "އޭ އަހުރެންގެ ދަރިންނޭވެ! ކަލޭމެން (އެރަށަށްގޮސް) އެންމެން އެއްމަގަކުން ނުދާށެވެ! އަދި ތަފާތު މަގުތަކުންދާށެވެ! އަދި ﷲ ގެ حضرة ން އަތުވެދާނޭ އެއްވެސްކަމެއް -އެބަހީ: އެކަލާނގެ قَضَاقَدَر ނިޔާކޮށްފި އެއްވެސްކަމަކުން ކަލޭމެނަށް އަތުވެދާނޭ އެއްވެސް ނުރައްކަލަކުން އެއްވެސްކަމެއް ތިމަންކަލޭގެފާނަށް ފުއްދައެއް ނުދެވޭނެއެވެ. އަދި އެއްވެސް ކަމެއްގެ حكم ﷲ ގެ حضرة ން މެނުވީ ނުވެއެވެ. އަދި ތިމަންކަލޭގެފާނު މި وكيل ކުރީ ހަމަ ﷲ އާ އެވެ. އަދި وكيل ކުރާމީހުން ހަމައެކަނި އެކަލާނގެއަށް وكيل ކުރާ ހުށިކަމެވެ."
-
12:68
وَلَمَّا دَخَلُوا۟ مِنْ حَيْثُ أَمَرَهُمْ أَبُوهُم مَّا كَانَ يُغْنِى عَنْهُم مِّنَ ٱللَّهِ مِن شَىْءٍ إِلَّا حَاجَةً فِى نَفْسِ يَعْقُوبَ قَضَىٰهَا ۚ وَإِنَّهُۥ لَذُو عِلْمٍ لِّمَا عَلَّمْنَـٰهُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
Wa-lammaa dakhaloo min ḥays̤u ʹamarahum ʹaboohum; maa- kaana yug̣nee ʻanhum minal laahi miñ shayʹin ʹillaa ḥaajatañ fee nafsi Yaʻq̣ooba q̣aḍaahaa. Wa-ʹinnahoo laẓoo ʻilmil limaa ʻallamnaahu wa-laakinna ʹaks̤aran naasi laa- yaʻlamoon.
އަދި އެމީހުން އެމީހުންގެ ބައްޕަ އެ އެންގެވިގޮތުގެމަތީން އެރަށަށް ވަތްހިނދުން ﷲ ގެ حضرة ންވާ އެއްވެސްކަމަކުން ކަމެއް އެމީހުންގެފަރާތުން ފުއްދައިދިންކަމެއްކަމުގައި އެކަން ނުވިއެވެ. އެއީ ހަމައެކަނި يعقوب عليه السّلام އެކަލޭގެފާނު ގެ އަމިއްލަ نفس ފުޅަށް ފައުޅުކޮށްލި ބޭނުމެއްކަމުގައި މެނުވީ ނުވެއެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނަކީ އެބަހީ: يعقوب عليه السّلام އަކީ އެކަލޭގެފާނަށް ތިމަންރަސްކަލާނގެ އުގަންނަވައިދެއްވި ތަކެތި ދެނެހުންނެވި ބޭކަލެއްކަމުގައިވިއެވެ. އަދި އެހެންނަމަވެސް ގިނަމީހުންނަކަށް އެކަމެއް ނޭނގެއެވެ.
-
12:69
وَلَمَّا دَخَلُوا۟ عَلَىٰ يُوسُفَ ءَاوَىٰٓ إِلَيْهِ أَخَاهُ ۖ قَالَ إِنِّىٓ أَنَا۠ أَخُوكَ فَلَا تَبْتَئِسْ بِمَا كَانُوا۟ يَعْمَلُونَ
Wa-lammaa dakhaloo ʻalaa Yoosufa ʹaawaaa ʹilayhi ʹakhaahu q̣aala ʹinneee ʹana ʹakhooka falaa tabtaʹis bimaa kaanoo yaʻmaloon.
އަދި އެމީހުން يوسف (عليه السّلام) ގެ އަރިހަށް ވަތްހިނދުން އެކަލޭގެފާނު ގެ أخ އެކަލޭގެފާނު ގެ އަރިހަށް ގާތްކޮށްލެއްވިއެވެ. އަދި އެކަލޭގެފާނާ އެއްމަންޒިލެއްގައި ތިބޭގޮތަށް ހަމަޖެއްސެވިއެވެ. އަދި ވިދާޅުވިއެވެ. "ތިމަންކަލޭގެފާނީ ކަލޭގެ أخ (يوسف) އެވެ. އަދި އެމީހުން އެކުރާ ކަންތަކާމެދު ހިތާމަކޮށް ނާއުއްމީދު ނުވާށެވެ!"
-
12:70
فَلَمَّا جَهَّزَهُم بِجَهَازِهِمْ جَعَلَ ٱلسِّقَايَةَ فِى رَحْلِ أَخِيهِ ثُمَّ أَذَّنَ مُؤَذِّنٌ أَيَّتُهَا ٱلْعِيرُ إِنَّكُمْ لَسَـٰرِقُونَ
Falammaa jahhazahum̃ bijahaazihim jaʻalas siq̣aayata fee raḥli ʹakheehi s̤umma ʹaẓẓana Muʹaẓẓinun ʹayyatuhal ʻeeru ʹinnakum lasaariq̣oon!
ދެންފަހެ އެކަލޭގެފާނު އެމީހުންނަށް ތައްޔާރުކޮށްދެއްވަންވީ ތައްޔާރީއެއްކުރައްވާ (ފުރަންވީ) ހިނދު އެކަލޭގެފާނުންގެ أخ ގެ ސާމާނުއަޅާ އެތީގެތެރެއަށް މީސްތަކުންނަށް މިނެދޭއެތި ލައްވައި ވަންހަނާކުރައްވައިފިއެވެ. ދެން ގޮވާމީހަކު ގޮވައިފިއެވެ. އޭ قافلة ގެ أهل ވެރިންނޭވެ! "ހަމަކަށަވަރުން ކަލޭމެންނަކީ ވަގުންކަން ކަށަވަރެވެ."
-
12:71
قَالُوا۟ وَأَقْبَلُوا۟ عَلَيْهِم مَّاذَا تَفْقِدُونَ
Q̣aaloo wa-ʹaq̣baloo ʻalayhim maaẓaa tafq̣idoon?
އަދި އެގޮވާމީހުންނާ ކުރިމަތިލައި އެ قافلة ގެ أهل ވެރިން ބުންޏެވެ. ކަލޭމެނަށް ގެއްލުނީ ކޮންއެއްޗެއްހެއްޔެވެ؟
-
12:72
قَالُوا۟ نَفْقِدُ صُوَاعَ ٱلْمَلِكِ وَلِمَن جَآءَ بِهِۦ حِمْلُ بَعِيرٍ وَأَنَا۠ بِهِۦ زَعِيمٌ
Q̣aaloo nafq̣idu ṣuwaaʻal maliki wa-limañ jaaaʹa bihee ḥimlu baʻeeriñw waʹana bihee zaʻeem.
އެމީހުން ބުންޏެވެ. އަހުރެމެންނަށް ގެއްލުނީ މީސްތަކުންނަށް މިނެދޭން ގެންގުޅޭ އެއްޗެވެ. އަދި އެގެނަސްދިންމީހަކަށް جمل އެއް ބަރުކޮށް މުދާދޭހުށީމެވެ. އަދި އަހުރެން މިވަނީ އެމީހަކަށް އެދިނުމާމެދު حوال ވެގެންނެވެ.
-
12:73
قَالُوا۟ تَٱللَّهِ لَقَدْ عَلِمْتُم مَّا جِئْنَا لِنُفْسِدَ فِى ٱلْأَرْضِ وَمَا كُنَّا سَـٰرِقِينَ
Q̣aaloo tallaahi laq̣ad ʻalimtum maa jiʹnaa linufsida fil ʹarḍi wa-maa kunnaa saariq̣een.
يوسف ގެފާނު ގެ أخ ން ބުންޏެވެ. "ﷲ ގަންދީ ބުނަމެވެ. އަހުރެމެން އައީ ބިމުގައި ފަސާދަކުރުމަށް ނޫންކަން ކަލޭމެނަށް ރަނގަޅަށް އެނގިފައިވާނެއެވެ. އަދި އަހުރެމެންނަކީ ވަގުންނެއްނޫނެވެ."
-
12:74
قَالُوا۟ فَمَا جَزَٰٓؤُهُۥٓ إِن كُنتُمْ كَـٰذِبِينَ
Q̣aaloo famaa jazaaaʹuhooo ʹiñ kuñtum kaaẓibeen?
އެމީހުން ބުންޏެވެ. (އެބަހީ: ރަށުގެމީހުން ބުންޏެވެ.) "ކަލޭމެން ދޮގުވެރިން ކަމުގައިވަންޏާ ދެން އެކަމުގެ جزاء އަކީ ކޮބައިހެއްޔެވެ؟" (އެބަހީ: ވައްކަންކުރިކަން ސާބިތުވެއްޖެއްޔާ ދެން އެކަމުގެ ޖަޒާއަކީ ކޮބައިހެއްޔެވެ؟)
-
12:75
قَالُوا۟ جَزَٰٓؤُهُۥ مَن وُجِدَ فِى رَحْلِهِۦ فَهُوَ جَزَٰٓؤُهُۥ ۚ كَذَٰلِكَ نَجْزِى ٱلظَّـٰلِمِينَ
Q̣aaloo jazaaaʹuhoo mañw wujida fee raḥlihee fahuwa jazaaaʹuh. Kaẓaalika najziz̤̣ z̤̣aalimeen!
يوسف ގެފާނު ގެ أخ ން ބުންޏެވެ. "އެމީހެއްގެ ދަތުރުފޮށިން އެއެއްޗެއް ފެނެވިއްޖެ މީހާގެ ޖަޒާއަކީ ވައްކަންކުރިމީހަކަށް އެއޮންނަ ޖަޒާއެވެ. އަހުރެމެން އަނިޔާވެރިންނަށް ޖަޒާދެއްވަނި އެފަދައިންނެވެ." • ދަންނައެވެ. (ބުނެވެނީ يوسف ގެފާނު ގެ أخ ންގެތެރޭގައި އޮންނަ قواعد އަކީ މީހަކު ވައްކަންކޮށްފިއްޔާ އެމީހަކު އަޅެއްގެގޮތުގައި އެއްއަހަރުވާންދެން ވަގަށް ސާމާނު ނެގެވުނު އެ މީހާއާ حوال ކުރުމެވެ. والله أعلم)
-
12:76
فَبَدَأَ بِأَوْعِيَتِهِمْ قَبْلَ وِعَآءِ أَخِيهِ ثُمَّ ٱسْتَخْرَجَهَا مِن وِعَآءِ أَخِيهِ ۚ كَذَٰلِكَ كِدْنَا لِيُوسُفَ ۖ مَا كَانَ لِيَأْخُذَ أَخَاهُ فِى دِينِ ٱلْمَلِكِ إِلَّآ أَن يَشَآءَ ٱللَّهُ ۚ نَرْفَعُ دَرَجَـٰتٍ مَّن نَّشَآءُ ۗ وَفَوْقَ كُلِّ ذِى عِلْمٍ عَلِيمٌ
Fabadaʹa biʹawʻiyatihim q̣abla wiʻaaaʹi ʹakheehi s̤ummas takhrajahaa miñw wiʻaaaʹi ʹakheeh. Kaẓaalika kidnaa li-Yoosuf. Maa- kaana liyaʹkhuẓa ʹakhaahu fee deenil maliki ʹillaaa ʹañy yashaaaʹal laah. Narfaʻu darajaatim man nashaaaʹ: wa-fawq̣a kulli ẓee ʻilmin ʻAleem.
ދެންފަހެ يوسف عليه السّلام އެކަލޭގެފާނުންގެ أخ بِنْيَامِين ގެ ސާމާނު ޗެކްކުރެއްވުމަށްވުރެ ކުރިން ދެންތިބި އެހެނިހެން أخ ންގެ ސާމާނުތައް ޗެކްކުރައްވަން ފެއްޓެވިއެވެ. ދެން އޭގެފަހުން އެކަލޭގެފާނުންގެ أخ بِنْيَامِين ގެ ސާމާނު ޗެކްކުރައްވައި އޭގެތެރެއިން އެގެއްލުނު އެތި ނެރުއްވައިފިއެވެ. ތިމަންރަސްކަލާގެ يوسف عليه السّلام އަށް އެކަލޭގެފާނުންގެ أخ ހިފެހެއްޓެވުމަށް ރާވައިދެއްވީ އެފަދައިންނެވެ. ﷲ އިރާދަކުރެއްވިއްޔާމެނުވީ އެކަލޭގެފާނުންގެ أخ، ރަސްގެފާނުންގެ حَيثية ން ހިފެހެއްޓެވުމެއް އެކަލޭގެފާނަކަށް ނުވެއެވެ. (އެހެން ހެދުމުގެ އެއްވެސް حقّ އެއްނެތެވެ.) އަދި ތިމަންރަސްކަލާނގެ އެދިވޮޑިގެންނެވިއަޅަކު އެތައް ދަރަޖައަކަށް ތިމަންރަސްކަލާނގެ އުފުއްލަވަމުއެވެ. އަދި ކޮންމެ عالم އެއްގެމަތީ އެއަށްވުރެ މަތީ އެހެން عالم އަކުވެއެވެ. އަދި އެހުރިހާ عالم ންގެމައްޗަށް ﷲ މަތިވެރިވެވޮޑިގެންވެއެވެ.
-
12:77
۞ قَالُوٓا۟ إِن يَسْرِقْ فَقَدْ سَرَقَ أَخٌ لَّهُۥ مِن قَبْلُ ۚ فَأَسَرَّهَا يُوسُفُ فِى نَفْسِهِۦ وَلَمْ يُبْدِهَا لَهُمْ ۚ قَالَ أَنتُمْ شَرٌّ مَّكَانًا ۖ وَٱللَّهُ أَعْلَمُ بِمَا تَصِفُونَ
Q̣aalooo ʹiñy yasriq̣ faq̣ad saraq̣a ʹakhul lahoo miñ q̣abl. Faʹasarrahaa Yoosufu fee nafsihee wa-lam yubdihaa lahum. Q̣aala ʹañtum sharrum makaanaa; wallaahu ʹaʻlamu bimaa taṣifoon!
يوسف ގެފާނު ގެ أخ ން ދެންނެވިއެވެ. "އޭނާ ވައްކަންކުރިޔަސް (އެއީ އަދި އާކަމެއްނޫނެވެ.) މީގެކުރިން އޭނާއަށްވާ އެހެން أخ އެއްވެސް ވައްކަންކުރިއެވެ." (އެމީހުންގެ އެބަހުން މުރާދުކުރަނީ يوسف عليه السّلامއެވެ.) ފަހެ يوسف عليه السّلام އެކަލޭގެފާނުންގެ نفس ފުޅުގައި އެމީހުންގެ އެ كلمة ވަންހަނާކުރެއްވިއެވެ. އަދި އެ كلمة އެމީހުންނަށް ފައުޅުނުކޮށް ދެއްވައެވެ. ވިދާޅުވިއެވެ. "މަކާނާއި ތަނުގެގޮތުން ކަލޭމެން ނުބައިވެގެންވެއެވެ. އަދި ކަލޭމެން ތިޔަ ސިފަކުރާ ކަންތައްތައް ﷲ ދެނެވޮޑިގަތުންބޮޑެވެ."
-
12:78
قَالُوا۟ يَـٰٓأَيُّهَا ٱلْعَزِيزُ إِنَّ لَهُۥٓ أَبًا شَيْخًا كَبِيرًا فَخُذْ أَحَدَنَا مَكَانَهُۥٓ ۖ إِنَّا نَرَىٰكَ مِنَ ٱلْمُحْسِنِينَ
Q̣aaloo yaaaʹayyuhal ʻAzeezu ʹinna lahooo ʹabañ shaykhañ kabeerañ fakhuẓ ʹaḥadanaa makaanah; ʹinnaa naraaka minal Muḥsineen.
يوسف ގެފާނު ގެ أخ ން ދެންނެވިއެވެ. "އޭ عزيز އެވެ. (عزّة ތެރިޔާއެވެ.) ހަމަކަށަވަރުން އޭނާއަށް عُمر ން ދުވަސްވި މުސްކުޅި ބައްޕަ އެއްވެއެވެ. (އެކުއްޖާޔާނުލައި އެބައްޕައަށް އުޅެން ވަރަށްދަތިވާނެއެވެ.) ފަހެ އެހެންވެ އޭނާގެ ބަދަލުގައި އަހުރެމެންގެތެރެއިން އެކަކު ބަހައްޓަވައިދެއްވާށެވެ! ހަމަކަށަވަރުން އަހުރެމެންދެކޭގޮތުގައި ކަލޭގެފާނުވަނީ إحسان ތެރިންގެ ތެރެއިންނެވެ."
-
12:79
قَالَ مَعَاذَ ٱللَّهِ أَن نَّأْخُذَ إِلَّا مَن وَجَدْنَا مَتَـٰعَنَا عِندَهُۥٓ إِنَّآ إِذًا لَّظَـٰلِمُونَ
Q̣aala maʻaaẓal laahi ʹan naʹkhuẓa ʹillaa mañw wajadnaa mataaʻanaa ʻiñdahooo ʹinnaaa ʹiẓal laz̤̣aalimoon.
އެކަލޭގެފާނު يعني: يوسف عليه السّلام ވިދާޅުވިއެވެ. "އެމީހެއްގެއަތުން އަހުރެމެންގެ އެތި ފެނުނުމީހާ ނޫން އެހެންމީހަކު އަހުރެމެން ހިފުމާމެދު ﷲ ގެ حضرة ން ރައްކާތެރިކަމާއި ސަލާމަތްކަންއެދެމެވެ. އެބަހީ: އެހެން ހަދާކަށް ނުކުރޭނެއެވެ. އަދި އެހެން ހަދައިފިނަމަ ހަމަކަށަވަރުން އަހުރެމެންނަކީ ކަނޑައެޅިގެން އަނިޔާވެރިންނެވެ."
-
12:80
فَلَمَّا ٱسْتَيْـَٔسُوا۟ مِنْهُ خَلَصُوا۟ نَجِيًّا ۖ قَالَ كَبِيرُهُمْ أَلَمْ تَعْلَمُوٓا۟ أَنَّ أَبَاكُمْ قَدْ أَخَذَ عَلَيْكُم مَّوْثِقًا مِّنَ ٱللَّهِ وَمِن قَبْلُ مَا فَرَّطتُمْ فِى يُوسُفَ ۖ فَلَنْ أَبْرَحَ ٱلْأَرْضَ حَتَّىٰ يَأْذَنَ لِىٓ أَبِىٓ أَوْ يَحْكُمَ ٱللَّهُ لِى ۖ وَهُوَ خَيْرُ ٱلْحَـٰكِمِينَ
Falammas tayʹasoo minhu khalaṣoo najiyyaa. Q̣aala kabeeruhum ʹalam taʻlamooo ʹanna ʹabaakum q̣ad ʹakhaẓa ʻalaykum maws̤iq̣am minal laahi wamiñ q̣ablu maa- farraṭtum fee Yoosuf? Falan ʹabraḥal ʹarḍa ḥattaa yaʹẓana leee ʹabeee ʹaw yaḥkumal laahu lee; wa-huwa khayrul ḥaakimeen.
ދެން އެމީހުން (އެކަލޭގެފާނާ އެރޮނގުން ވާހަކަދައްކާ ގޮތެއް ނުފެނި) މާޔޫސްވީހިނދުން އެމީހުން އެކަނިއެކަނިން ސިއްރު ޖަލްސާކޮށްފިއެވެ. އެމީހުންގެ ބޮޑަށްހުރި މީހާ ބުންޏެވެ. (އެއީ رُوبيل ނުވަތަ شمعُون އެވެ.) "ކަލޭމެންގެ ބައްޕަ ހަމަކަށަވަރުން ﷲ ގެ حضرة ން عهد ކަށަވަރު ހިތްޕެވިކަން ނޭނގޭހެއްޔެވެ؟ (އެބަހީ: އެކަން އެނގޭނެއެވެ.) އެއީ އެ أخ ބައްޕަގެ އަރިހަށް އަނބުރާގެނައުމުގެ މައްޗަށާއި އަދި މީގެކުރީ يوسفއާއިމެދު ކަލޭމެން ހައްދުފަހަނަޅައިގަތުމުގެ ސަބަބުންނެވެ. ފަހެ އަހުރެންނަށް އަހުރެންގެ ބައްޕަ ދިއުމަށް އިޒުނަދޭންދެން ނުވަތަ ﷲ އަހުރެންނާމެދު حكم ކުރައްވަންދެން އަހުރެން މިބިމުން ވަކިނުވާނަމެވެ. އަދި އެކަލާނގެއީ އެންމެހެޔޮކޮށް حكم ކުރައްވާ ކަލާނގެއެވެ."
-
12:81
ٱرْجِعُوٓا۟ إِلَىٰٓ أَبِيكُمْ فَقُولُوا۟ يَـٰٓأَبَانَآ إِنَّ ٱبْنَكَ سَرَقَ وَمَا شَهِدْنَآ إِلَّا بِمَا عَلِمْنَا وَمَا كُنَّا لِلْغَيْبِ حَـٰفِظِينَ
ʹIrjiʻooo ʹilaaa ʹabeekum faq̣ooloo yaaaʹabaanaaa ʹinnab naka saraq̣! Wa-maa shahidnaaa ʹillaa bimaa ʻalimnaa wa-maa kunnaa lilg̣aybi ḥaafiz̤̣een!
"ކަލޭމެން ކަލޭމެންގެ ބައްޕަގާތަށް އެނބުރިދާށެވެ! އަދި ކަލޭމެން ދަންނަވާ ށެވެ! އޭ އަހުރެމެންގެ ބައްޕާއެވެ! ހަމަކަށަވަރުން ބައްޕަގެ ދަރިކަލުން ވައްކަންކޮށްފިއެވެ. އަދި އަހުރެމެންނަށް އެނގިފައިވާ ކަމެއްގެމައްޗަށްމެނުވީ އަހުރެމެން ހެކިނުދެމެވެ. އަދި އަހުރެމެންނީ غيب އަށް ރައްކާތެރިވާބަޔަކީމެއް ނޫނެވެ. (އެބަހީ: އޭނާ ނިދާވަގުތު އޭނާ ރައްކާތެރިކުރާ ބަޔަކުކަމުގައި އަހުރެމެން ނުވަމުއެވެ. ނުވަތަ އޭނާ ވައްކަންކުރާނެކަމުގެ ކުޑަވެސް އެނގުމެއް އަހުރެމެންނަކަށް ނުވެއެވެ.) "
-
12:82
وَسْـَٔلِ ٱلْقَرْيَةَ ٱلَّتِى كُنَّا فِيهَا وَٱلْعِيرَ ٱلَّتِىٓ أَقْبَلْنَا فِيهَا ۖ وَإِنَّا لَصَـٰدِقُونَ
Wasʹalil q̣aryatal latee kunnaa feehaa walʻeeral lateee ʹaq̣balnaa feehaa, wa-ʹinnaa laṣaadiq̣oon.
"އަދި ކަލޭގެފާނު އަހުރެމެން އުޅުނުރަށުގެމީހުންނާ ސުވާލުކުރައްވާށެވެ! އަދި އަހުރެމެން އައި ގާފިލާގެ މީހުންނާވެސް ސުވާލުކުރައްވާށެވެ! އަދި ހަމަކަށަވަރުން އަހުރެމެންނީ ތެދުވެރީންނީމުއެވެ. (މިއީދޮގެއްތޯ އެމީހުންކުރެން އައްސަވާށެވެ!) " • ދެން މިބައިމީހުން އައިސް ބައްޕާ އަރިހުގައި މިހުރިހާ ވާހަކައެއް ދެންނެވީއެވެ. އަދި އެވާހަކަތައް އައްސަވާފައި އެކަލޭގެފާނު ވިދާޅުވިއެވެ.
-
12:83
قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ عَسَى ٱللَّهُ أَن يَأْتِيَنِى بِهِمْ جَمِيعًا ۚ إِنَّهُۥ هُوَ ٱلْعَلِيمُ ٱلْحَكِيمُ
Q̣aala bal sawwalat lakum ʹañfusukum ʹamraa. Faṣabruñ jameel. ʻAsal laahu ʹañy yaʹ-tiyanee bihim jameeʻaa. ʹInna-Hoo Huwal ʻAleemul Ḥakeem.
އެކަލޭގެފާނު ވިދާޅުވިއެވެ. "އަދި ކިއެއްހެއްޔެވެ؟ ކަލޭމެނަށް ކަލޭމެންގެ ނަފުސުތައް ކަމެއްކުރުމަށް ޒީނަތްތެރިކޮށްދިނީއެވެ. (އެއީ ކަލޭމެން ކުރުމަށް قصد ކޮށްފައިވާ ކަމެކެވެ.) ފަހެ ތިމަންކަލޭގެފާނުންގެ ކެތްތެރިކަމަކީ ރިވެތިވެގެންވާ ކެތްތެރިކަމެކެވެ. އަދި ﷲ އެހުރިހާ ކުދިން ތިމަންކަލޭގެފާނުންގެ އަރިހަށް ޖަމާކޮށްދެއްވުން أمّيد ކުރެވެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ."
-
12:84
وَتَوَلَّىٰ عَنْهُمْ وَقَالَ يَـٰٓأَسَفَىٰ عَلَىٰ يُوسُفَ وَٱبْيَضَّتْ عَيْنَاهُ مِنَ ٱلْحُزْنِ فَهُوَ كَظِيمٌ
Wa-tawallaa ʻanhum wa-q̣aala yaaaʹasafaa ʻalaa Yoosufa wabyaḍḍat ʻaynaahu minal ḥuzni fahuwa kaz̤̣eem.
އަދި އެކަލޭގެފާނު އެބަހީ: يعقوب (عليه السّلام) އެމީހުނާ ދުރަށް އެނބުރިވަޑައިގެންފުރަގަސްދެއްވިއެވެ. އަދި ވިދާޅުވިއެވެ. "އޭ يوسف ގެމައްޗަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!" އަދި ހިތާމަފުޅުން (ކީރިތިކުރެއްވުމުގެ ސަބަބުން) އެކަލޭގެފާނުންގެ ދެލޯފުޅު މުޅިން ހުދުވެއްޖެއެވެ. ކަޅުކަޅިފުޅު މުޅިން ހުދުވެއްޖެއެވެ. އަދި އެކަލޭގެފާނުވަނީ ހިތާމަފުޅު ބޭރުނުކުރައްވައި އެތެރެއަށް ހިފަހައްޓަވައިގެންނެވެ. ނުވަތަ ހިތާމައިން ބަސްފުޅު ވިދާޅުނުވެވިގެން އެތެރެއަށް ހިފަހައްޓަވައިގެންނެވެ.
-
12:85
قَالُوا۟ تَٱللَّهِ تَفْتَؤُا۟ تَذْكُرُ يُوسُفَ حَتَّىٰ تَكُونَ حَرَضًا أَوْ تَكُونَ مِنَ ٱلْهَـٰلِكِينَ
Q̣aaloo tallaahi taftaʹu taẓkuru Yoosufa ḥattaa takoona ḥaraḍan ʹaw takoona minal haalikeen!
އެމީހުން ދެންނެވިއެވެ. "ﷲ ގަންދީ ދަންނަވަމެވެ. ކަލޭގެފާނު يوسف ގެ ހަނދާންކުރެއްވުން ދޫނުކުރައްވައެވެ. އެއީ ކަލޭގެފާނުންގެ ބުއްދިފުޅާއި ހަށިކޮޅު މުޅިން ފަސާދަ ވެއްޖައުމަށް ދާންދެނެވެ. ނުވަތަ ކަލޭގެފާނު އަވަހާރަ ވެއްޖައުމަށް ދާންދެނެވެ."
-
12:86
قَالَ إِنَّمَآ أَشْكُوا۟ بَثِّى وَحُزْنِىٓ إِلَى ٱللَّهِ وَأَعْلَمُ مِنَ ٱللَّهِ مَا لَا تَعْلَمُونَ
Q̣aala ʹinnamaaa ʹashkoo bas̤s̤ee waḥuzneee ʹilal laahi wa-ʹaʻlamu minal laahi maa laa- taʻlamoon.
އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު ގެ މޮޅިޔާއި ހިތާމައިގެ شكوى ވާކަންކަށަވަރީ ﷲ ގެ حضرة އަށް خاصّ ވެގެންނެވެ. އަދި ކަލޭމެންނަށް ނޭނގޭކަންތައްތައް ތިމަންކަލޭގެފާނަށް ﷲ ގެ حضرة ން އެނގުން ބޮޑުވެގެންވެއެވެ."
-
12:87
يَـٰبَنِىَّ ٱذْهَبُوا۟ فَتَحَسَّسُوا۟ مِن يُوسُفَ وَأَخِيهِ وَلَا تَا۟يْـَٔسُوا۟ مِن رَّوْحِ ٱللَّهِ ۖ إِنَّهُۥ لَا يَا۟يْـَٔسُ مِن رَّوْحِ ٱللَّهِ إِلَّا ٱلْقَوْمُ ٱلْكَـٰفِرُونَ
Yaa-baniyyaẓ haboo fataḥassasoo miñy Yoosufa wa-ʹakheehi wa-laa tayʹasoo mir Rawḥil laah: ʹinnahoo laa- yayʹasu mir Rawḥil laahi ʹillal q̣awmul Kaafiroon.
"އޭ އަހުރެންގެ ދަރިންނޭވެ! ކަލޭމެން (ދަތުރުކޮށް) ދާށެވެ! އަދި يوسف އާއި އޭނާގެ أخ ގެ خبر އެއްވޭތޯ ލިސާނެއްވޭތޯ ހޯދާބަލާށެވެ! އަދި ﷲ ގެ رحمة އާއި نعمة ން أمّيد ނުކަނޑާށެވެ! އެހެނީ ހަމަކަށަވަރުން ކާފަރުވެގެންވާބަޔަކުމެނުވީ ﷲ ގެ رحمة ން أمّيد ނުކަނޑާނެއެވެ." • ދެން މިބައިމީހުން އަލުންވެސް ދަތުރުކޮށްފާގޮސް يوسف ގެފާނު ގެ އަރިހަށް ދިޔައީއެވެ. އެވާހަކަ • ދެން އަންނަ އާޔަތްތަކުގައި އެވަނީއެވެ.
-
12:88
فَلَمَّا دَخَلُوا۟ عَلَيْهِ قَالُوا۟ يَـٰٓأَيُّهَا ٱلْعَزِيزُ مَسَّنَا وَأَهْلَنَا ٱلضُّرُّ وَجِئْنَا بِبِضَـٰعَةٍ مُّزْجَىٰةٍ فَأَوْفِ لَنَا ٱلْكَيْلَ وَتَصَدَّقْ عَلَيْنَآ ۖ إِنَّ ٱللَّهَ يَجْزِى ٱلْمُتَصَدِّقِينَ
Falammaa dakhaloo ʻalayhi q̣aaloo yaaaʹayyuhal ʻAzeezu massanaa wa-ʹahlanaḍ ḍurru wa-jiʹnaa bibiḍaaʻatim muzjaatiñ faʹawfi lanal kayla wa-taṣaddaq̣ ʻalaynaa: ʹinnal laaha yajzil Mutaṣaddiq̣een.
ދެންފަހެ އެމީހުން އެކަލޭގެފާނު ގެ އަރިހަށް - يعني: يوسف عليه السّلام ގެ އަރިހަށް - ވެދެވަޑައިގެންނެވިހިނދުން އެމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. "އޭ عزيز އެވެ. (عزّة ތެރިޔާއެވެ.) އަހުރެމެންނާ އަހުރެމެންގެ އަހުލުވެރިންނަށް ތަދުމަޑުކަމާއި ދަތިކަންޖެހިއްޖެއެވެ. އަދި އަހުރެމެން މިއައީ މަދުފައިސާކޮޅަކާއިގެންނެވެ. (ނުވަތަ ނުވިކޭ އިހުގެ دِرْهَم ކޮޅަކާއިގެންނެވެ.) އެހެންވެ ކަލޭގެފާނު އަހުރެމެންނަށް މިނުން ފުރިހަމަކޮށްދެއްވައި އަދި އަހުރެމެންނަށް صدقاة ވެސް ދެއްވާށެވެ! ހަމަކަށަވަރުންވެސް صدقاة ދޭމީހުންނަށް ﷲ تعالى ހެޔޮދަރުމަޔާއި ސަވާބު ދެއްވާހުއްޓެވެ."
-
12:89
قَالَ هَلْ عَلِمْتُم مَّا فَعَلْتُم بِيُوسُفَ وَأَخِيهِ إِذْ أَنتُمْ جَـٰهِلُونَ
Q̣aala hal ʻalimtum maa faʻaltum̃ bi-Yoosufa wa-ʹakheehi ʹiẓ ʹañtum jaahiloon?
އެކަލޭގެފާނު ވިދާޅުވިއެވެ. އެބަހީ: يوسف عليه السّلام ވިދާޅުވިއެވެ. "يوسف އާއި އޭނާގެ أخ (بِنْيَامِين) އާ މެދު ކަލޭމެންނަށް ނޭނގިތިބެގެން جاهل ކަންމަތީ ތިބެގެން ކަލޭމެން ކަންތައްކުރިގޮތް ކަލޭމެން ދެނެތިބީމުހެއްޔެވެ؟"
-
12:90
قَالُوٓا۟ أَءِنَّكَ لَأَنتَ يُوسُفُ ۖ قَالَ أَنَا۠ يُوسُفُ وَهَـٰذَآ أَخِى ۖ قَدْ مَنَّ ٱللَّهُ عَلَيْنَآ ۖ إِنَّهُۥ مَن يَتَّقِ وَيَصْبِرْ فَإِنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُحْسِنِينَ
Q̣aalooo ʹa-ʹinnaka laʹañta Yoosuf? Q̣aala ʹana Yoosufu wa-haaẓaaa ʹakhee; q̣ad mannal laahu ʻalaynaa. ʹInnahoo mañy yattaq̣i wa-yaṣbir faʹinnal laaha laa- yuḍeeʻu ʹajral Muḥsineen.
އެމީހުން ދެންނެވިއެވެ. "ކަލޭގެފާނު ތިޔައީ ކަނޑައެޅިގެން يوسف ހެއްޔެވެ؟" އެކަލޭގެފާނު ވިދާޅުވިއެވެ. "އަހުރެން މިއީ يوسف އެވެ. އަދި މިއިނީ އަހުރެންގެ أخ އެވެ. (بِنْيَامِين އެވެ.) ހަމަކަށަވަރުން ﷲ تعالى އަހުރެމެންގެމައްޗަށް އޯގާވަންތަވެވޮޑިގެންނެވީއެވެ. إحسان ވަންތަވެވޮޑިގެންނެވީއެވެ. ހަމަކަށަވަރުން އެމީހަކު تقوى ވެރިވެ އަދި ކެތްތެރިވެއްޖެ ކޮންމެމީހަކު ދަންނައެވެ! (އެމީހަކީ إحسان ތެރިއެކެވެ.) ހަމަކަށަވަރުން إحسان ތެރިންގެ ދަރުމަ ﷲ تعالى ގެއްލެނި ނުކުރައްވާހުއްޓެވެ."
-
12:91
قَالُوا۟ تَٱللَّهِ لَقَدْ ءَاثَرَكَ ٱللَّهُ عَلَيْنَا وَإِن كُنَّا لَخَـٰطِـِٔينَ
Q̣aaloo tallaahi laq̣ad ʹaas̤arakal laahu ʻalaynaa wa-ʹiñ kunnaa lakhaaṭiʹeen!
އެމީހުން ދެންނެވިއެވެ. "ﷲ ގަންދީ ދަންނަވަމެވެ. ހަމަކަށަވަރުން ﷲ تعالى އަހުރެމެންގެ މައްޗަށް ކަލޭގެފާނު މާތްކުރައްވާ މަތިވެރިކުރައްވައިފިއެވެ. އަދި ކަނޑައެޅިގެން ކުށްވެރިންކަމުގައިމެނުވީ އަހުރެމެން ނުވެއެވެ.
-
12:92
قَالَ لَا تَثْرِيبَ عَلَيْكُمُ ٱلْيَوْمَ ۖ يَغْفِرُ ٱللَّهُ لَكُمْ ۖ وَهُوَ أَرْحَمُ ٱلرَّٰحِمِينَ
Q̣aala laa- tas̤reeba ʻalaykumul yawm. Yag̣firul laahu lakum wa-Huwa ʹArḥamur raaḥimeen!
އެކަލޭގެފާނު ވިދާޅުވިއެވެ. "ކަލޭމެންގެމައްޗަށް މިއަދު އެއްވެސް މަލާމާތެއް އަދި ދެކޮޅުވެރިކަމެއް ނެތެވެ. (އެހެނީ ކަލޭމެން ކުށަށް إعتراف ވެ معاف އަށް އެދެފީމެވެ.) ﷲ تعالى ކަލޭމެނަށް ފުއްސަވާށިއެވެ! އަދި އެކަލާނގެއީ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ."
-
12:93
ٱذْهَبُوا۟ بِقَمِيصِى هَـٰذَا فَأَلْقُوهُ عَلَىٰ وَجْهِ أَبِى يَأْتِ بَصِيرًا وَأْتُونِى بِأَهْلِكُمْ أَجْمَعِينَ
ʹIẓhaboo biq̣ameeṣee haaẓaa faʹalq̣oohu ʻalaa wajhi ʹabee yaʹti baṣeeraa. Waʹtoonee biʹahlikum ʹajmaʻeen.
"އަހުރެންގެ މިގަމީސް ހިފައިގެން ކަލޭމެންދާށެވެ! އަދި އަހުރެންގެ ބައްޕަގެ މޫނުފުޅުމައްޗަށް ކަލޭމެން އެގަމީސް އެއްލާށެވެ! އޭރުން އެކަލޭގެފާނު ގެ ލޯފުޅަށް އަލިކަން އަތުވެދާނެއެވެ. އަދި ކަލޭމެންގެ أهل ވެރިންނާއިގެން އެންމެން އަހުރެންގެގާތަށް އަންނާށެވެ!"
-
12:94
وَلَمَّا فَصَلَتِ ٱلْعِيرُ قَالَ أَبُوهُمْ إِنِّى لَأَجِدُ رِيحَ يُوسُفَ ۖ لَوْلَآ أَن تُفَنِّدُونِ
Wa-lammaa faṣalatil ʻeeru q̣aala ʹaboohum ʹinnee laʹajidu reeḥa Yoosufa Laaa-law ʹañ tufannidoon.
އަދި (يوسف عليه السّلام ގެ އެވާހަކަކޮޅަށްފަހު ހުރިހާ أخ ން ދަތުރުހަދައިގެން مصر ން ފުރީއެވެ.) އެ قافلة مصر ން، عزيز ގެ އަރިހުން ވަކިވިހިނދުން (شام ކަރައިގެ كَنْعَان ގައިވާ އެކަލޭގެފާނުންގެ ބައްޕާފުޅު يعقوب عليه السّلام އެކަލޭގެފާނުންގެ އަރިހުގައިވާ މީހުނަށް ވިދާޅުވިއެވެ.) "ހަމަކަށަވަރުން އަހުރެންނަށް يوسف ގެ ވަސް އެބައާދެއެވެ. ކަލޭމެން އަހުރެންނަށް މޮޔަކަމާއި މުސްކުޅިކަމާއި ދޮގުވެރިކަން ނިސްބަތް ނުކުރާނޭނަމައެވެ."
-
12:95
قَالُوا۟ تَٱللَّهِ إِنَّكَ لَفِى ضَلَـٰلِكَ ٱلْقَدِيمِ
Q̣aaloo tallaahi ʹinnaka lafee ḍalaalikal q̣adeem.
އެމީހުން ދެންނެވިއެވެ. "ކަލޭގެފާނު ތިޔަވަނީ ހަމަކުރީގެ ދުވަސްވީ މަގުފުރެދުމުގައެވެ."
-
12:96
فَلَمَّآ أَن جَآءَ ٱلْبَشِيرُ أَلْقَىٰهُ عَلَىٰ وَجْهِهِۦ فَٱرْتَدَّ بَصِيرًا ۖ قَالَ أَلَمْ أَقُل لَّكُمْ إِنِّىٓ أَعْلَمُ مِنَ ٱللَّهِ مَا لَا تَعْلَمُونَ
Falammaaa ʹañ jaaa ʹalbasheeru ʹalq̣aahu ʻalaa wajhihee fartadda baṣeeraa. Q̣aala ʹalam ʹaq̣ul lakum. ʹinneee ʹaʻlamu minal laahi maa laa- taʻlamoon?
ދެންފަހެ އުފާވެރިކަމާއިގެން އައިމީހާ އައިހިނދުން (އެއީ يوسف عليه السّلام ގެ ގަމީސްކޮޅު ހިފައިގެން އައިމީހާއެވެ.) އެހިނދުން އެމީހާ އެ ގަމީސްކޮޅު އެކަލޭގެފާނުންގެ އެބަހީ: يعقوب عليه السّلام ގެ މޫނުފުޅުމައްޗަށް އެއްލެވިއެވެ. އަދި އެކަލޭގެފާނުގެ ލޯފުޅަށް އަލިކަން އަތުވެއްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ﷲ تعالى ގެ حضرة ން ކަލޭމެނަށް ނޭނގޭކަންތައް ތިމަންކަލޭގެފާނު ދެނެވަޑައިގެންވާވާހަކަ އަހުރެން ކަލޭމެނަށް ނުބުނަންހެއްޔެވެ؟ އެބަހީ: އެވާހަކަ ބުނީމެވެ."
-
12:97
قَالُوا۟ يَـٰٓأَبَانَا ٱسْتَغْفِرْ لَنَا ذُنُوبَنَآ إِنَّا كُنَّا خَـٰطِـِٔينَ
Q̣aaloo yaaaʹabaanas tag̣fir lanaa ẓunoobanaaa ʹinnaa kunnaa khaaṭiʹeen.
އެމީހުން ދެންނެވިއެވެ. "އޭ އަހުރެމެންގެ ބައްޕާއެވެ. އަހުރެމެންގެ ފާފަތައް ފުއްސަވައިދެއްވުމަށް އަހުރެމެންނަށްޓަކައި دعاء ކޮށްދެއްވާށެވެ! ހަމަކަށަވަރުން އަހުރެމެން ކުށްވެރިންކަމުގައިވީމުއެވެ."
-
12:98
قَالَ سَوْفَ أَسْتَغْفِرُ لَكُمْ رَبِّىٓ ۖ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ
Q̣aala sawfa ʹastag̣firu lakum Rabbee: ʹinna-Hoo Huwal G̣afoorur Raḥeem.
އެކަލޭގެފާނު ވިދާޅުވިއެވެ. "ކަލޭމެންގެ ފާފަފުއްސަވައިދެއްވާތޯ އަހުރެންގެ ربّ ގެ حضرة ގައި ނިކަންހުރެ އަހުރެން دعاء ކުރާހުށީމެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ." • ދަންނައެވެ! ދެން މިވާހަކައަށްފަހު އެ އެންމެން يوسف عليه السّلام ގެ އަރިހަށް مصر އަށް ދިއުމަށް ދަތުރުފެއްޓެވީއެވެ.
-
12:99
فَلَمَّا دَخَلُوا۟ عَلَىٰ يُوسُفَ ءَاوَىٰٓ إِلَيْهِ أَبَوَيْهِ وَقَالَ ٱدْخُلُوا۟ مِصْرَ إِن شَآءَ ٱللَّهُ ءَامِنِينَ
Falammaa dakhaloo ʻalaa Yoosufa ʹaawaaa ʹilayhi ʹabawayhi wa-q̣aalad khuloo Miṣra ʹiñ shaaa ʹallaahu ʹaamineen.
ދެންފަހެ އެއެންމެން (مصر އަށްވަޑައިގެން) يوسف عليه السّلام ގެ އަރިހަށް ވަޑައިގެންނެވިހިނދުން އެކަލޭގެފާނު އެބަހީ: يوسف عليه السّلام އެކަލޭގެފާނުގެ ބައްޕާފުޅާ މަންމާފުޅު އެކަލޭގެފާނުންގެ އަރިހަށް ގާތްކޮށްލައްވާ ބޮނޑިކޮށްލެއްވިއެވެ. އަދި ވިދާޅުވިއެވެ. "ﷲ އިރާދަކުރެއްވިއްޔާ އަމާންވެގެންވާ حال ތިޔަ އެންމެން مصر އަށް ވެދެވަޑައިގަންނަވާށެވެ."
-
12:100
وَرَفَعَ أَبَوَيْهِ عَلَى ٱلْعَرْشِ وَخَرُّوا۟ لَهُۥ سُجَّدًا ۖ وَقَالَ يَـٰٓأَبَتِ هَـٰذَا تَأْوِيلُ رُءْيَـٰىَ مِن قَبْلُ قَدْ جَعَلَهَا رَبِّى حَقًّا ۖ وَقَدْ أَحْسَنَ بِىٓ إِذْ أَخْرَجَنِى مِنَ ٱلسِّجْنِ وَجَآءَ بِكُم مِّنَ ٱلْبَدْوِ مِنۢ بَعْدِ أَن نَّزَغَ ٱلشَّيْطَـٰنُ بَيْنِى وَبَيْنَ إِخْوَتِىٓ ۚ إِنَّ رَبِّى لَطِيفٌ لِّمَا يَشَآءُ ۚ إِنَّهُۥ هُوَ ٱلْعَلِيمُ ٱلْحَكِيمُ
Wa-rafaʻa ʹabawayhi ʻalal ʻarshi wa-kharroo lahoo sujjadaa. Wa-q̣aala yaaaʹabati haaẓaa taʹweelu ruʹyaaya miñ q̣ablu q̣ad jaʻalahaa Rabbee ḥaq̣q̣aa! Wa-q̣ad ʹaḥsana beee ʹiẓ ʹakhrajanee minas sijni wa-jaaaʹa bikum minal badwi mim baʻdi ʹan nazag̣ash shayṭaanu baynee wa-bayna ʹikhwatee. ʹInna Rabbee Laṭeeful limaa yashaaaʹ. ʹInna-Hoo Huwal ʻAleemul Ḥakeem.
އަދި އެކަލޭގެފާނުން ބައްޕާފުޅާއި މަންމާފުޅު އެކަލޭގެފާނުންގެ عرش އަށް -އެނދުދާންކޮޅަށް - އުފުއްލެވިއެވެ. އަދި އެކަލޭގެފާނަށް - يعني: يوسف عليه السّلام އަށް (سلام ކޮށް އަދަބުވެރިވުމުގެގޮތުން) އެއެންމެން سجدة އަށް ތިރިވިއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. "އޭ އަހުރެންގެ ބައްޕާއެވެ! މީގެކުރިން އަހުރެންނަށް ފެނުނު ހުވަފެނުގެ تفسير އަކީ މިއީއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ربّ އެހުވަފެން حقّ އެއްޗެއްކަމުގައި ލައްވައިފިއެވެ. (އެފެނުނުގޮތާއި އެއްގޮތަށް އެކަންލައްވައިފިއެވެ.) އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ربّ ތިމަންކަލޭގެފާނަށް މާތްކޮށްހިތްތަވާ إحسان ވަންތަވެވޮޑިގެންނެވިއެވެ. އެއީ ތިމަންކަލޭގެފާނު ޖަލުން ނެރުއްވިހިނދުގައެވެ. އަދި ތިޔައެންމެން (شام ކަރައިގެ) بَادِيَة އިން މިތަނަށް ގެންނެވިއެވެ. އެއީ އަހުރެންނާއި އަހުރެންގެ أخ ންނާ ދެމެދު ސައިތާނު ފާސިދުކޮށް ނުބައިކުރުމަށްފަހުގައެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ربّ އެއީ އެކަލާނގެ އެދިވޮޑިގަންނަވާ އިރާދަކުރައްވާ ކަންތަކަށް ނުހަނު އޯގާވަންތަ ކަލާނގެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ."
-
12:101
۞ رَبِّ قَدْ ءَاتَيْتَنِى مِنَ ٱلْمُلْكِ وَعَلَّمْتَنِى مِن تَأْوِيلِ ٱلْأَحَادِيثِ ۚ فَاطِرَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ أَنتَ وَلِىِّۦ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۖ تَوَفَّنِى مُسْلِمًا وَأَلْحِقْنِى بِٱلصَّـٰلِحِينَ
Rabbi q̣ad ʹaataytanee minal mulki wa-ʻallamtanee miñ taʹweelil ʹaḥaadees̤,― Faaṭiras samaawaati wal-ʹarḍ! ʹAñta Waliyyee fid dunyaa wal-ʹAakhirah. Tawaffanee Muslimañw waʹalḥiq̣nee biṣ-Ṣaaliḥeen.
(يوسف عليه السّلام ދެންނެވިއެވެ.) "އޭ އަޅުގެ ربّ އެވެ! ހަމަކަށަވަރުން އިބަރަސްކަލާނގެ މިއަޅާއަށް ވެރިކަމުގެތެރެއިން ދެއްވައިފީމުއެވެ. (އެބަހީ: مصر ގެ خزانة ތަކުގެ ވެރިކަން އެކަލޭގެފާނަށް ދެއްވިއެވެ.) އަދި ހުވަފެން تعبير ކޮށް تفسير ކުރުންވެސް އިބަރަސްކަލާނގެ މިއަޅާއަށް އުގަންނަވައިދެއްވައިފީމުއެވެ. އޭ ނެތުމުގެތެރެއިން އުޑުތަކާއި ބިން ހެއްދެވި ކަލާކޮ! އިބަރަސްކަލާނގެއީ ދުނިޔެއާއި آخرة ގައިވެސް ހަމަ މިއަޅާގެ وَلِىُّ އެވެ. ސަހަރޯވެރިޔާއެވެ. ފަހެ އިބަރަސްކަލާނގެއަށް ކިޔަމަންތެރިވެގެންވާ حال މިއަޅާ މަރުގަންނަވާދޭވެ! އަދި މާތްވެގެންވާ صالح ންގެތެރޭގައި މިއަޅާ ހިމަނުއްވާނދޭވެ! އެބަހީ: نبي ބޭކަލުންގެ ލިސްޓުގައި މިއަޅާވެސް ލައްވައި އެބޭކަލުންގެ ދަރަޖައާއި ثواب މިއަޅާއަށް ދެއްވާނދޭވެ!"
-
12:102
ذَٰلِكَ مِنْ أَنۢبَآءِ ٱلْغَيْبِ نُوحِيهِ إِلَيْكَ ۖ وَمَا كُنتَ لَدَيْهِمْ إِذْ أَجْمَعُوٓا۟ أَمْرَهُمْ وَهُمْ يَمْكُرُونَ
Ẓaalika min ʹambaaaʹil g̣aybi nooḥeehi ʹilayk: wa-maa kuñta ladayhim ʹiẓ ʹajmaʻooo ʹamrahum wa-hum yamkuroon.
(އޭ رسول ﷲ އެވެ!) އެއީ - އެބަހީ: މިސޫރަތުގައި މި بيان ވެގެންދިޔަ އެންމެހައި خبر ތަކާއި ވާހަކަތަކަކީ ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحي ގެ ذريعة އިން އިއްވަވާ غيب ގެ خبر ތަކެވެ. އަދި އެމީހުން يعني: يوسف ގެފާނުންގެ أخ ން އެކަލޭގެފާނުން ވަޅަށްލުމާ މެދު ނުބައިރޭވުންތައް ރާވާހަދަމުން ދިޔައިރު ކަލޭގެފާނު އެތާ ވަޑައިގެން ނުވަމުއެވެ.
-
12:103
وَمَآ أَكْثَرُ ٱلنَّاسِ وَلَوْ حَرَصْتَ بِمُؤْمِنِينَ
Wa-maaa ʹaks̤arun naasi wa-law ḥaraṣta bi-Muʹmineen.
އޭ رسول ﷲ އެވެ! ކަލޭގެފާނު ކިތައްމެވަރަކަށް ދަހިވެތިވެވަޑައިގެންނެވިނަމަވެސް މީސްތަކުންކުރެ ގިނަމީހުން إيمان ނުވެއެވެ. ނުވާނެއެވެ.
-
12:104
وَمَا تَسْـَٔلُهُمْ عَلَيْهِ مِنْ أَجْرٍ ۚ إِنْ هُوَ إِلَّا ذِكْرٌ لِّلْعَـٰلَمِينَ
Wa-maa tasʹaluhum ʻalayhi min ʹajr: ʹin huwa ʹillaa Ẓikrul lilʻaalameen.
އަދި އެކަމުގެމައްޗަށް - އެބަހީ: ކަލޭގެފާނު رسول ކަން އިއްވެވުމުގެމައްޗަށް - އެމީހުންގެކިބައިން އެއްވެސް އުޖޫރައަކަށް ޓެކްހަކަށް އެދިވަޑައިނުގަންނަވަމުއެވެ. އަދި އެއީ އެބަހީ: ކަލޭގެފާނުންގެ رسول ކަމުގެ تَبْلِيْغُ އަކީ ހަމަ عالم ތަކަށްވާ ذِكر އެއްކަމުގައި މެނުވީ ނުވެއެވެ. (وعظ އާއި نصيحة އާއި عبرة އެއްކަމުގައިމެނުވީ ނުވެއެވެ.)
-
12:105
وَكَأَيِّن مِّنْ ءَايَةٍ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ يَمُرُّونَ عَلَيْهَا وَهُمْ عَنْهَا مُعْرِضُونَ
Wa-kaʹayyim min ʹAayatiñ fis samaawaati wal-ʹarḍi yamurroona ʻalayhaa wa-hum ʻanhaa muʻriḍoon!
އަދި އުޑުތަކާއި ބިމުގައި ކިތައްކިތައް عبرة އާއި حجّة ވޭހެއްޔެވެ؟ އެމީހުންގެ ކުރިމަތިން އެތަކެތި އެބަހީ: އެ عبرة އާއި އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ حجّة ތައް އަބަދާއި އަބަދު ވޭތިވަމުން ދެއެވެ. އެމީހުން އެވަނީ އެތަކެތީން غافل ވެގެންނެވެ.
-
12:106
وَمَا يُؤْمِنُ أَكْثَرُهُم بِٱللَّهِ إِلَّا وَهُم مُّشْرِكُونَ
Wa-maa yuʹminu ʹaks̤aruhum̃ billaahi ʹillaa wa-hum mushrikoon!
އަދި މީސްތަކުންކުރެ ގިނަމީހުން ﷲ އަށް شرك ކުރާ حال ގައިމެނުވީ އީމާންވާކަމުގައި ނުވެއެވެ. (އެބަހީ: ﷲ އަށް އީމާންވެގެންވާ ގިނަމީހުންވެސް އެކިގޮތްގޮތުން ﷲ އަށް شرك ކުރެއެވެ. އަޅުކަމުގައްޔާއި حكم ގައްޔާއި ދެންވެސް އެހެނިހެން ކަންކަމުގައެވެ.)
-
12:107
أَفَأَمِنُوٓا۟ أَن تَأْتِيَهُمْ غَـٰشِيَةٌ مِّنْ عَذَابِ ٱللَّهِ أَوْ تَأْتِيَهُمُ ٱلسَّاعَةُ بَغْتَةً وَهُمْ لَا يَشْعُرُونَ
ʹA-faʹaminooo ʹañ taʹtiyahum G̣aashiyatum min ʻaẓaabil laahi ʹaw taʹtiyahumus saaʻatu wahum bag̣tatañw laa- yashʻuroon?
ﷲ އަށް إيمان ނުވާ މީސްތަކުން އެވަނީ އެމީހުންގެމައްޗަށް ﷲ ގެ حضرة ން عذاب އެއް އައިސް އޭގައި އެމީހުން ނިވައިވެގެން ނުދާނެކަމާ މެދު އަމާންވެގެންހެއްޔެވެ؟ ނުވަތަ އެމީހުންނަށް ކުޑަވެސް އެނގުމެއް އަދި إحساس އެއްވެސް ނެތި ހަމަކުއްލިއަކަށް އެމީހުންނަށް قيامة قائم ނުވާނެކަމަށް އަމާންވެގެންހެއްޔެވެ؟
-
12:108
قُلْ هَـٰذِهِۦ سَبِيلِىٓ أَدْعُوٓا۟ إِلَى ٱللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا۠ وَمَنِ ٱتَّبَعَنِى ۖ وَسُبْحَـٰنَ ٱللَّهِ وَمَآ أَنَا۠ مِنَ ٱلْمُشْرِكِينَ
Q̣ul haaẓihee sabeeleee ʹadʻooo ʹilal laah:― ʻalaa Baṣeeratin ʹana wa-manit tabaʻanee. Wa-Subḥaanal laahi wa-maaa ʹana minal mushrikeen!
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނާ ތިމަންކަލޭގެފާނަށް تبع ވެގެންވާމީހުން ދެނެގަތުމާއި يقين ކަމާ އެކު އަދި حجّة އާއި دليل އާ އެކު ﷲ ގެ حضرة އަށް ގޮވާ دعوة ދީ ގޮވާލާ މަގަކީ އެއީ ތިމަންކަލޭގެފާނުގެ މަގެވެ. އަދި ﷲ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. އަދި ތިމަންކަލޭގެފާނު مشرك ންގެތެރެއިން ނުވަމެވެ.
-
12:109
وَمَآ أَرْسَلْنَا مِن قَبْلِكَ إِلَّا رِجَالًا نُّوحِىٓ إِلَيْهِم مِّنْ أَهْلِ ٱلْقُرَىٰٓ ۗ أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۗ وَلَدَارُ ٱلْـَٔاخِرَةِ خَيْرٌ لِّلَّذِينَ ٱتَّقَوْا۟ ۗ أَفَلَا تَعْقِلُونَ
Wa-maaa ʹarsalnaa miñ q̣ablika ʹillaa rijaalan nooḥeee ʹilayhim min ʹahlil q̣uraa. ʹAfalam yaseeroo fil ʹarḍi Fayañz̤̣uroo kayfa kaana ʻaaq̣ibatul laẓeena miñ q̣ablihim? Wa-la-Daarul ʹAakhirati khayrul lillaẓeenat taq̣aw. ʹAfalaa taʻq̣iloon?
އަދި ރަށްރަށުގެ أهل ވެރިންކުރެ ހަމަ ފިރިހެނުންމެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު ކުރިންވެސް رسول ކަމާއިގެން ނުފޮނުއްވަމެވެ. (އަންހެނުންނެއްނޫނެވެ. އަދި މަލާއިކަތުންނެއްވެސް ނޫނެވެ. طبري) އެބޭކަލުންނަށް އެބަހީ: އެފިރިހެނުންނަށް ތިމަންރަސްކަލާނގެ وحي ބާވައިލައްވަމެވެ. އެމީހުން يعني: مكّة ގެ مشرك ން ފަހެ ބިމުގައި ދަތުރުފަތުރުކޮށް ހިނގާބިނގާވެ ނުހަދަނީބާވައެވެ؟ އަދި އެމީހުންގެ ކުރިން އިސްވެދިޔަ (އެބާވަތުގެ مشرك ންނާމެދު) ކަންތައްވެނިމިގެން ދިޔައީ ކޮންފަދައަކުންކަން ނިކަން އެމީހުން ދެކިބަލާށެވެ! عبرة حاصل ކޮށްބަލާށެވެ! އަދި تقوى ވެރިވެއްޖެބަޔަކަށް آخرة ގެގޮވަތި މާހެޔޮވެގެންވެއެވެ. ކަލޭމެން ފަހެ ވިސްނާ فكر ނުކުރާނޭހެއްޔެވެ؟
-
12:110
حَتَّىٰٓ إِذَا ٱسْتَيْـَٔسَ ٱلرُّسُلُ وَظَنُّوٓا۟ أَنَّهُمْ قَدْ كُذِبُوا۟ جَآءَهُمْ نَصْرُنَا فَنُجِّىَ مَن نَّشَآءُ ۖ وَلَا يُرَدُّ بَأْسُنَا عَنِ ٱلْقَوْمِ ٱلْمُجْرِمِينَ
Ḥattaaa ʹiẓas tayʹasar rusulu waz̤̣annooo ʹannahum q̣ad kuẓiboo jaaaʹahum naṣ-runaa fanujjiya man nashaaaʹ. Wa-laa yuraddu baʹsunaa ʻanil q̣awmil mujrimeen.
رسول ބޭކަލުން މާޔޫސްވެއްޖައުމަށްދާންދެން (އެބަހީ: އެބޭކަލުންގެ ގޮވާލެއްވުމަށް އެ أمّة ތަކުގެމީހުން ރައްދުކޮށް ދޮގުކޮށް އުނދަގޫކޮށްހެދީ رسول ބޭކަލުން މާޔޫސްވެއްޖައުމަށްދާންދެނެވެ.) އަދި ތިމަންބޭކަލުން ދޮގުކުރެވިއްޖެކަމުގައި އެބޭކަލުން ހީފުޅުކުރެއްވިއެވެ. (އެހިސާބަށް ދިއުމުން) ތިމަންރަސްކަލާނގެ نصر އެބޭކަލުންނަށް އައެވެ. އަދި ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާ ބަޔަކު ސަލާމަތްކުރެވުނެވެ. (އެހެނިހެން މީސްތަކުން ހަލާކުވެދިޔައީއެވެ.) އަދި ތިމަންރަސްކަލާނގެ ކޯފާއާއި عقوبة ނުބައި ނުލަފާބަޔަކަށް ނުޖެހި އަނބުރާ ރައްދުނުވާނެއެވެ. ނުޖެހިނުދާނެއެވެ.
-
12:111
لَقَدْ كَانَ فِى قَصَصِهِمْ عِبْرَةٌ لِّأُو۟لِى ٱلْأَلْبَـٰبِ ۗ مَا كَانَ حَدِيثًا يُفْتَرَىٰ وَلَـٰكِن تَصْدِيقَ ٱلَّذِى بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَىْءٍ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ
Laq̣ad kaana fee q̣aṣaṣihim ʻibratul liʹulil ʹalbaab. Maa- kaana ḥadees̤añy yuftaraa wa-laakiñ taṣdeeq̣al laẓee bayna yadayhi wa-tafṣeela kulli shayʹiñw wa-Hudañw wa-Raḥmatal liq̣awmiñy yuʹminoon.
ހަމަކަށަވަރުން އެމީހުންގެ ވާހަކަތަކުގައި (އެބަހީ: يوسف عليه السّلام އާއި އެކަލޭގެފާނުންގެ أخ ންނާއި އަދި އެމީހުންގެ ބައްޕާފުޅާ ދެމެދު ހިނގި ކަންކަމުގައި) ބުއްދިވެރިންނަށްވާ ބޮޑު عبرة ވާކަން ކަށަވަރެވެ. އަދި އެއީ ދޮގުވެވޭނޭ ވާހަކައެއްކަމުގައި ނުވެއެވެ. އަދި އެހެނެއްކަމަކު އެއީ (قرآن އެވެ.) އެއީ އޭގެކުރީގައިވާ ފޮތްތަކަށްވާ ތެދުކުރުމެކެވެ. އަދި އެއީ ހުރިހާ އެއްޗެއް تفصيل ކޮށް بيان ކޮށްދެއްވާ ފޮތެކެވެ. އަދި އެއީ ތެދުކޮށް إيمان ވާބަޔަކަށްވާ ތެދުމަގާއި رحمة އެވެ. وبﷲ التوفيق.
Surah Ar-Ra'dBegins here at 13:1
-
13:1
الٓمٓر ۚ تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ۗ وَٱلَّذِىٓ أُنزِلَ إِلَيْكَ مِن رَّبِّكَ ٱلْحَقُّ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يُؤْمِنُونَ
ʹAlif-Laaam-Meeem-Raa. Tilka ʹAayaatul Kitaab. Wallaẓeee ʹuñzila ʹilayka mir Rabbikal Ḥaq̣q̣u wa-laakinna ʹaks̤aran naasi laa- yuʹminoon.
الٓمٓر: މިބާވަތުގެ އެންމެހައި رَمْزُ ގެ މާނައެއް އަދި އޭގެ މުރާދެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲ تعالى އެވެ. މިއިން އެންމެބޮޑަށްވެސް آدم ގެދަރިންނަށް ބުނެވެންއޮތީ އެއީ إعجاز القرآن ގެތެރެއިންވާ އަކުރުތަކެއްކަމެވެ. އެޔާއެކުވެސް ބައެއްބޭކަލުންގެ رَأى ވެއެވެ. تفسير الطّبرى ގައި إبن عبّاس رضى ﷲ عنهما ގެ ރިވާޔަތެއް މިސޫރަތުގެ މިއަކުރުތަކާމެދު ގެންނަވާފައިވެއެވެ. އޭގައިވަނީ [[أنَا ﷲُ أَرَى]] މިހެންނެވެ. މީގެ މާނައެއްކަމުގައި ބުނެވޭނީ ތިމަންރަސްކަލާނގެއީ ﷲ އެވެ. ތިމަންރަސްކަލާނގެ ދެކެވޮޑިގަންނަވަމެވެ. މިއެވެ...\nދެން އެއަންގަވަނީ މިސޫރަތުގެ އާޔަތްތަކަކީ ފޮތުގެ އާޔަތްތަކެވެ. މިފޮތޭ އޮތްބަސްފުޅާއި މެދު ކުޑަ إختلاف އެއްވެއެވެ. طبري ގެ تفسير ގައިވަނީ އެއީ توراة އާއި إنجيل ކަމުގައެވެ. إبن كثير ގެ ترجمة ގައިވަނީ އެއީ ކީރިތި قرآن ކަމަށެވެ. އަދި ފަހުގެ تَحْقِيْقُ ތަކުންވެސް އެގޮތަށް ފެނެއެވެ. ދެން އަދި މިއީ ކޮންމެފޮތެއްގެ އާޔަތްތަކެއްނަމަވެސް ﷲ ބާވައިލެއްވި ފޮތެއްކަމުގައިވަންޏާ مؤمن ންނަށް މައްސަލައެއް ނުއޮންނާނެއެވެ. ދެން އަދި އެއަންގަވަނީ ކަލޭގެފާނަށް ކަލޭގެފާނުންގެ ربّ ގެ حضرة ން ބާވައިލައްވާ ތަކެއްޗާއި މިހުރިހާ ތަކެއްޗަކީ ހަމަ حقّ ތެދުކަމުގައެވެ. އަދި އެހެންނަމަވެސް މީސްތަކުންކުރެ ގިނަމީހުން ތެދުނުކުރާ ކަމުގައެވެ. އެއަށް އީމާންނުވާކަމުގައެވެ.
-
13:2
ٱللَّهُ ٱلَّذِى رَفَعَ ٱلسَّمَـٰوَٰتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّ يَجْرِى لِأَجَلٍ مُّسَمًّى ۚ يُدَبِّرُ ٱلْأَمْرَ يُفَصِّلُ ٱلْـَٔايَـٰتِ لَعَلَّكُم بِلِقَآءِ رَبِّكُمْ تُوقِنُونَ
ʹAllaahul laẓee rafaʻas samaawaati big̣ayri ʻamadiñ tarawnahaa s̤ummas tawaa ʻalal ʻArshi wa-sakhkharash shamsa walq̣amar! Kulluñy yajree liʹajalim musammaa. Yudabbirul ʹamra yufaṣṣilul ʹAayaati laʻallakum̃ biliq̣aaaʹi Rabbikum tooq̣inoon.
އޭ މީސްތަކުންނޭވެ! ކަލޭމެން ދެކޭނޭ އެއްވެސް ތަނބަކާ ނުލައި އުޑުތައް އުފުއްލެވީ ހަމަ ﷲ އެވެ. ދެން އެކަލާނގެ عَرْشِ އަށް إِسْتِوَاى ވެވޮޑިގެންނެވިއެވެ. އަދި އެކަލާނގެ އިރާއި ހަނދު ކިޔަމަންކުރެއްވިއެވެ. އެއިން ކޮންމެ އެއްޗެއްވެސް ކަނޑައެޅި عَيَّن ވެގެންވާ ވަކިމުއްދަތަކަށް ދަތުރުކުރެއެވެ. ދައުރުކުރެއެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާފަދައަކުން އެކަލާނގެ ކަންތައްތައް تَدْبِيْرُ ކުރައްވާ ހިންގަވައެވެ. މިހުރިހާކަމެއްވެސް މިވަނީ ކަލޭމެން ހެއްދެވި ربّ އާއި ކަލޭމެން ބައްދަލުވާނެކަން ތެދުކޮށް يقين ކުރޭތޯއެވެ. قيامة ދުވަހާއި محشر ކުރެއްވުމާއި جزاء ދެއްވުން يقين ކުރޭތޯއެވެ.
-
13:3
وَهُوَ ٱلَّذِى مَدَّ ٱلْأَرْضَ وَجَعَلَ فِيهَا رَوَٰسِىَ وَأَنْهَـٰرًا ۖ وَمِن كُلِّ ٱلثَّمَرَٰتِ جَعَلَ فِيهَا زَوْجَيْنِ ٱثْنَيْنِ ۖ يُغْشِى ٱلَّيْلَ ٱلنَّهَارَ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَتَفَكَّرُونَ
Wa-Huwal laẓee maddal ʹarḍa wa-jaʻala feehaa rawaasiya wa-ʹanhaaraa: wa-miñ kullis̤ s̤amaraati jaʻala feehaa zawjaynis̤ nayni yug̣shil laylan nahaar. ʹInna fee ẓaalika laʹAayaatil liq̣awmiñy yatafakkaroon.
އަދި ބިންގަނޑު ފަތުރުއްވާ ދެންމެވީވެސް ހަމައެކަލާނގެއެވެ. އަދި އެކަލާނގެ އެބިމުގައި ފަރުބަދަތަކާއި ކޯރުތައް ލެއްވިއެވެ. އަދި އެކަލާނގެ ގަސްގަހާގެހީގެ މަތިވަރު ނެރުއްވައި އަދި އެއިން ކޮންމެ ވައްތަރެއްގައި ޖޯޑުހަމަކޮށް ފިރިހެން އަންހެން ލެއްވިއެވެ. (މިކަމަކީ، މިހާރު عَمَلِى تحقيق ގެ ގޮތުންވެސް ސާބިތުވެގެންވާ ކަމެއްކަމުގައިވެއެވެ.) އަދި ރޭގަނޑުން ދުވާލު އަނދިރިވާގޮތްވެސް އެކަލާނގެ ލެއްވިއެވެ. ހަމަކަށަވަރުން އެކަންތައްތަކުގައި ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ މައްޗަށް دليل ކުރާ ގިނަގުނަ دليل އާއި ހެކި ވާކަންކަށަވަރެވެ. ނަމަވެސް އެކަން ވިސްނަން އެނގޭނީ އަދި قبول ކުރާނީ ކަންކަމަށް ވިސްނާ ފިކުރުކުރާ ބަޔަކަށެވެ.
-
13:4
وَفِى ٱلْأَرْضِ قِطَعٌ مُّتَجَـٰوِرَٰتٌ وَجَنَّـٰتٌ مِّنْ أَعْنَـٰبٍ وَزَرْعٌ وَنَخِيلٌ صِنْوَانٌ وَغَيْرُ صِنْوَانٍ يُسْقَىٰ بِمَآءٍ وَٰحِدٍ وَنُفَضِّلُ بَعْضَهَا عَلَىٰ بَعْضٍ فِى ٱلْأُكُلِ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَعْقِلُونَ
Wa-fil ʹarḍi q̣iṭaʻum mutajaawiraatuñw wajannaatum min ʹaʻnaabiñw Wazarʻuñw Wanakheeluñ ṣinwaanuñw wag̣ayru ṣinwaaniñy yusq̣aa bimaaaʹiñw waaḥid. Wa-nufaḍḍilu baʻḍahaa ʻalaa baʻḍiñ fil ʹukul. ʹInna fee ẓaalika laʹAayaatil liq̣awmiñy yaʻq̣iloon!
އަދި މިބޮޑު ބިންގަނޑުގައި ގާތްގާތްކޮށް އެއްބައި އަނެއްބަޔާ ޖެހިޖެހިގެންވާ ބައިބައިވެއެވެ. (އެއީ އަޅުގަނޑުމެންވެސް މިކިޔާ قَارَّة ތައް އެބަހީ ކޮންޓިނެންޓްތައް ކަމުގައިވެދާނެއެވެ. ނުވަތަ ބިމުގެ ފަށަލަފަށަލަ ކަމުގައިވެދާނެއެވެ. އަދި މިހުރިހާގޮތެއްވެސް އެއިން دليل ކުރެއެވެ.) އަދި އެކަލާނގެ އެބިމުގައި މޭބިސްކަދުރުގެ ބަގީޗާތަކާއި ދަނޑުބިމާއި ދަނޑާއި ލެއްވިއެވެ. އަދި އެއްބުޑުން ދެކުރިގަނޑު ނުވަތަ އެއަށްވުރެގިނަކުރިގަނޑުލީ ކަދުރު ރުކާއި އަދި އެނޫން ކަދުރު ރުއްވެސް އެކަލާނގެ ލެއްވިއެވެ. (އެއީ المدينة المنوّرة ގެ قُبَا އިން އަހުރެންވެސް ދެކެފައިވާ ތަކެއްޗެވެ. އަދި ކަދުރާ މޭބިސްކަދުރު މިއާޔަތުގައި ވަކިން خاصّ ވެފައިވަނީ އެދެއެތީގެ ފައިދާބޮޑުކަމުންކަމުގައި ފެނެއެވެ. والله أعلم)\nދެންފަހެ މިހުރިހާ ބާވަތެއްގެ ގަސްގަހާގެއްސަށް ފެންދެވެނީ ހަމަ އެއްފެނަކުންނެވެ. އެއީ ވާރޭފެނެވެ. މަތިން ފައިބާފެނެވެ. އަދި އެހެންނަމަވެސް ކައިބޮއިހެދުމުގެ ގޮތުން އޭގެ އެކަތީގެ މައްޗަށް ތިމަންރަސްކަލާނގެ އަނެކަތި މާތްކުރެއްވީމެވެ. ފޮނިކޮށް، ހުތްކޮށް، ކުޅިކޮށް ހިތިކޮށް...... ދެން މިހެންގޮސް ތަފާތު ރަހަތަކުގައި ހެއްދެވީމެވެ. ހަމަކަށަވަރުން މިކަންކަމުގައި ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ މައްޗަށް دليل ކުރާ دليل ތައްވާކަންކަށަވަރެވެ. އެކަމަކު އެއީ ބުއްދީގެ ބޭނުންކޮށް ވިސްނާ އަދި عبرة حاصل ކުރާ ބަޔަކަށެވެ. • ދަންނައެވެ! އިންސާނުންގެވެސްހުރީ ހަމަގަސްގަހާގެހީގެ މިސާލެވެ. އެންމެންވެސް ކައިބޮއިހަދަނީ ހަމަބިމުގެ ތަކެތީންނެވެ. ބޮނީ ހަމަ އެއްފެނެކެވެ. ބައްޕައަކީ ހަމަ آدم عليه السّلام އެވެ. ނަމަވެސް ރަނގަޅު ނުބައިގައި ތަފާތެވެ. ތެދުމަގު ބާވައިލެއްވުމުން އެތެދުމަގު قبول ކުރީ ވަކިބައެކެވެ. އަނެއްބަޔަކު قبول ނުކުރީއެވެ.
-
13:5
۞ وَإِن تَعْجَبْ فَعَجَبٌ قَوْلُهُمْ أَءِذَا كُنَّا تُرَٰبًا أَءِنَّا لَفِى خَلْقٍ جَدِيدٍ ۗ أُو۟لَـٰٓئِكَ ٱلَّذِينَ كَفَرُوا۟ بِرَبِّهِمْ ۖ وَأُو۟لَـٰٓئِكَ ٱلْأَغْلَـٰلُ فِىٓ أَعْنَاقِهِمْ ۖ وَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ
Wa-ʹiñ taʻjab faʻajabuñ q̣awluhum ʹa-ʹiẓaa kunnaa turaaban ʹa-ʹinnaa lafee khalq̣iñ jadeed? ʹUlaaaʹikal laẓeena kafaroo bi-Rabbihim! Wa-ʹulaaaʹikal ʹag̣laalu feee ʹaʻnaaq̣ihim: wa-ʹulaaaʹika ʹAṣḥaabun Naari hum feehaa khaalidoon!
އޭ رسول ﷲ އެވެ! އެ مشرك ންގެމީހުން ކަލޭގެފާނު ދޮގުކުރާތީ ކަލޭގެފާނު عجائب ވެވަޑައިގެންނެވިނަމަވެސް އެއަކީ އަދި އެހާ عجائب ކަމެއްނޫނެވެ. ފަހެ އެމީހުންގެ މިބަހުގައިވާ عجائب ކަން އަދި މާބޮޑެވެ. އެމީހުން އެބުނަނީއެވެ. [އަހުރެމެން މަރުވެ ކުދިކުދިވެ ވެއްޔަށްވީމާވެސް ދެން އަލުންވެސް އަހުރެމެން އައުހެއްދެވުމަކުން ހެއްދެވޭނެހެއްޔެވެ؟ محشر ކުރެވޭނެހެއްޔެވެ؟] ފަހެ އެފަދަ މީހުންނަކީ ތިމަންރަސްކަލާނގެ قدرة ތެރިކަމާމެދު إنكار ކުރާމީހުންނެވެ. އަދި އެއީ ކާފަރުކަންމަތީ ދެމިތިބިމީހުންނެވެ. އެފަދަ މީހުންނަކީ قيامة ދުވަހުން އެމީހުންގެ ކަނދުރާތަކުގައި ނަރަކައިގެ ކަސްތަޅު އެޅެވޭނެމީހުންނެވެ. އަދި އެއީ ނަރަކައިގެ ވަޒަންވެރިންނެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާނގައެވެ.
-
13:6
وَيَسْتَعْجِلُونَكَ بِٱلسَّيِّئَةِ قَبْلَ ٱلْحَسَنَةِ وَقَدْ خَلَتْ مِن قَبْلِهِمُ ٱلْمَثُلَـٰتُ ۗ وَإِنَّ رَبَّكَ لَذُو مَغْفِرَةٍ لِّلنَّاسِ عَلَىٰ ظُلْمِهِمْ ۖ وَإِنَّ رَبَّكَ لَشَدِيدُ ٱلْعِقَابِ
Wa-yastaʻjiloonaka Bis-sayyiʹati q̣ablal ḥasanati wa-q̣ad khalat miñ q̣ablihimul Mas̤ulaat! Wa-ʹinna Rabbaka la-Ẓoo Mag̣firatil linnaasi ʻalaa z̤̣ulmihim, wa-ʹinna Rabbaka la-Shadeedul ʻiq̣aab.
އަދި ސަލާމަތާ عافية ގެކުރީގައި އެމީހުން ކަލޭގެފާނުގެ އަރިހުން އެދެނީ عقوبة އާއި ހަލާކެވެ. އަދި ހަމަކަށަވަރުން އެފަދަ مثال ތައް އެމީހުންގެ ކުރިންވެސް އިސްވެހިނގައްޖެއެވެ. އިސްވެދިޔަ رسول ބޭކަލުންނާއި އެބޭކަލުންގެ ބަސްދޮގުކުރި ދޮގުވެރިންނާއި އަދި އެމީހުންނަށް އައި عذاب މީގެކުރިން އިސްވެހިނގައްޖެއެވެ. އެވާހަކައިން މިމީހުން عبرة حاصل ނުކުރަނީ ކީއްވެބާވައެވެ؟ އަދި ހަމަކަށަވަރުން ކަލޭގެފާނުގެ ربّ އެއީ މީސްތަކުން شرك ކުރުމާއި އަނިޔާކުރުމާ އެކުވެސް އެމީހުން توبة ވުމުން މީސްތަކުންނަށް ފާފަފުއްސެވުމުގެ ވެރި ކަލާނގެއެވެ. އަދި ހަމަކަށަވަރުން އެކަލާނގެއީ عقوبة ދެއްވުން ގަދަފަދަވެގެންވާ ކަލާނގެއެވެ.
-
13:7
وَيَقُولُ ٱلَّذِينَ كَفَرُوا۟ لَوْلَآ أُنزِلَ عَلَيْهِ ءَايَةٌ مِّن رَّبِّهِۦٓ ۗ إِنَّمَآ أَنتَ مُنذِرٌ ۖ وَلِكُلِّ قَوْمٍ هَادٍ
Wa-yaq̣oolul laẓeena kafaroo law-laaa ʹuñzila ʻalayhi ʹAayatum mir Rabbih? ʹInnamaaa ʹañta muñẓiruñw walikulli q̣awmin haad.
އަދި ކާފަރުވީ މީސްތަކުން ބުނެއެވެ. [އެކަލޭގެފާނުގެ نبي ކަން ތެދުކަމުގެމައްޗަށް އެކަލޭގެފާނުގެ ربّ ގެ حضرة ން معجزة އެއް އެކަލޭގެފާނަށް ބާވައިލައްވާނެނަމައެވެ. ނުވަތަ ބާވައިނުލެއްވީ ކީއްވެގެންހެއްޔެވެ؟] އޭގެ جواب ގައި ﷲ އެ އަންގަވަނީ - ކަލޭގެފާނަކީ ހަމަ إنذار ކުރައްވާ ބޭކަލެކެވެ. އަދި ކޮންމެ قوم އަކަށްވެސް އެމީހުންނަށް ތެދުމަގު ދައްކާނޭ هادى އެއްވެއެވެ. ތެދުމަގުދައްކާމީހަކުވެއެވެ. އެއީ އެ قوم ގެ نبي އާއެވެ.
-
13:8
ٱللَّهُ يَعْلَمُ مَا تَحْمِلُ كُلُّ أُنثَىٰ وَمَا تَغِيضُ ٱلْأَرْحَامُ وَمَا تَزْدَادُ ۖ وَكُلُّ شَىْءٍ عِندَهُۥ بِمِقْدَارٍ
ʹAllaahu yaʻlamu maa- taḥmilu kullu ʹuñs̤aa wa-maa tag̣eeḍul ʹarḥaamu wa-maa tazdaad. Wa-kullu shayʹin ʻiñdahoo bimiq̣daar.
ކޮންމެ އަންހެންއެއްޗެއް އޭގެ ބަނޑުގައި އުފުލާ ދަރިއެއްގެ خبر ތައް ﷲ ދެނެވޮޑިގެންވެއެވެ. އަދި ބަނޑުގައި އޮތް ދަރިފުޅަށް حيض ގެ ލެއިފޮނުވުމުގެ ނިސްބަތުން رَحِمُ ގެތެރެއިން މަދުވާވަރަކާއި އަދި އިތުރުވާވަރެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އޭގެ ނިސްބަތަކުން ބަލިވެއިނުމުގެ ދުވަސް މަދުވެ އިތުރުވެއެވެ. އަދި ކޮންމެ އެއްޗެއް އަދި ކޮންމެކަމެއް އެކަލާނގެ حضرة ގައި މިންވަރު ކުރެވިގެންވެއެވެ. އެޔާ ތަފާތުނުވާނެއެވެ.
-
13:9
عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ٱلْكَبِيرُ ٱلْمُتَعَالِ
ʻAalimul G̣aybi wash-Shahaadatil Kabeerul Mutaʻaal.
އެކަލާނގެއީ غيب ވެ ފޮރުވި ވަންހަނާވެގެންވާ ކަންތަކާއި ފައުޅުގައި ފެންނަން ހުންނަ ކަންތައްވެސް ދެނެވޮޑިގެންވާ ނުހަނު ހައިބަބޮޑުވެގެންވާ އަދި ހުރިހާ ތަކެއްޗަށްވުރެ މަތިވެރިވެވޮޑިގެންވާ ކަލާނގެއެވެ.
-
13:10
سَوَآءٌ مِّنكُم مَّنْ أَسَرَّ ٱلْقَوْلَ وَمَن جَهَرَ بِهِۦ وَمَنْ هُوَ مُسْتَخْفٍۭ بِٱلَّيْلِ وَسَارِبٌۢ بِٱلنَّهَارِ
Sawaaaʹum miñkum man ʹasarral q̣awla wa-mañ jahara bihee wa-man huwa mustakhfim billayli wa-saaribum binnahaar.
އަދި ކަލޭމެންގެތެރެއިން ސިއްރުން ބަސްބުނާމީހެކޭ އަދި އަޑުބާރުކޮށް ބުނާމީހެކޭ އަދި ރޭގަނޑު ނިވައިވެގެން އޮވެގެން އަނދިރީގައި އޮވެގެން ބަސްބުނާމީހެކޭ އަދި ދުވާލު ފާޅުގައި ބަސްބުނާމީހެކޭ އެކަލާނގެއަށް ހަމަހަމައެވެ. ދެނެވޮޑިގަތުމާއި އައްސަވާވޮޑިގަތުން ހަމަހަމައެވެ.
-
13:11
لَهُۥ مُعَقِّبَـٰتٌ مِّنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦ يَحْفَظُونَهُۥ مِنْ أَمْرِ ٱللَّهِ ۗ إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ ۗ وَإِذَآ أَرَادَ ٱللَّهُ بِقَوْمٍ سُوٓءًا فَلَا مَرَدَّ لَهُۥ ۚ وَمَا لَهُم مِّن دُونِهِۦ مِن وَالٍ
Lahoo muʻaq̣q̣ibaatum mim bayni yadayhi wa-min khalfihee yaḥfaz̤̣oonahoo min ʹamril laah. ʹInnal laaha laa- yug̣ayyiru maa- biq̣awmin ḥattaa yug̣ayyiroo maa- biʹañfusihim. Wa-ʹiẓaaa ʹaraadal laahu biq̣awmiñ soooʹañ falaa- maradda lahoo wa-maa lahum miñ doonihee miñw waal.
އަދި އެކަލާނގެ އަޅާ ރައްކާތެރިކުރެއްވުމަށްޓަކައި އެއްބޭކަލަކު އޭނާގެ ކިބައިން އެނބުރި ވަޑައިގަންނަވާއިރަށް އެޔާ ވިދިގެން އޭނާ ރައްކާތެރިކުރުމަށް ވަޑައިގަންނަވާ އަނެއް ބޭކަލަކު އޭނާގާތަށް ވަޑައިގަންނަވާގޮތަށް ތަރުތީބުވެގެންވާ މަލާއިކަތްބޭކަލުން އެކަލާނގެއަށް خاصّ ވެގެންވެއެވެ. ރޭގަނޑު އެއަޅާ ބަލަހައްޓަވާ ބޭކަލުން އެނބުރިވަޑައިގަންނަވާއިރަށް އެއަޅާ ދުވާލު ބަލަހައްޓަވާ ބޭކަލުން ވަޑައިގަންނަވައެވެ. މިބޭބޭކަލުން ﷲ ގެ އަމުރުފުޅަށް އެކަލާނގެ އަޅާ ރައްކާތެރިކުރައްވާ ބަލަހައްޓަވައެވެ. އަދި އެއްވެސް ބަޔަކަށް ﷲ ދެއްވާފައިވާ نعمة އެއް އަދި رحمة އެއް އެބައެއްގެ نفس ތަކުގައިވާ ކިޔަމަންތެރިކަމާއި صالح عمل ތައް تَغَيَّر ކޮށް އެމީހުންގެ نفس ތައް ބަދަލު ނުކުރާނަމަ ﷲ ގެ نعمة އާއި رحمة އެކަލާނގެ ބަދަލު ނުކުރައްވައެވެ. އަދި އެއްވެސް قوم އަކަށް ﷲ تعالى عذاب އެއް ނުވަތަ ހަލާކެއް އިރާދަކުރައްވައިފިއްޔާ ދެން އެކަން އަނބުރާ ރައްދުވުމެއް ނުވެއެވެ. އެ عذاب އެއް އަދި އެ ހަލާކެއް އަޔަނުދީ ހިފަހައްޓައިލެވޭނެ އެކަކުވެސް ނުވެއެވެ. އެއްވެސް ބާރެއް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި އެއްވެސް ސަހަރޯވެރިއެއް ވާގިވެރިއެއް އެމީހުންނަކަށް ނުވެއެވެ. (އަދި އެފަދަނުރައްކަލެއް އެކަލާނގެ އިރާދަކުރައްވައި ފިއްޔާ ދެން ސުނާމީ އަންނަކަން އިޝާރާތްވާ މީޓަރެއްގެ މެޝިނެއްގެ އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އެކަލާނގެ ފޮނުއްވާ އެ مصيبة ދެން އޭރުން ރާޑަރަކަށް މެޝިނަކަށް ނަގައެއް ނުގަނެވޭނެއެވެ.)
-
13:12
هُوَ ٱلَّذِى يُرِيكُمُ ٱلْبَرْقَ خَوْفًا وَطَمَعًا وَيُنشِئُ ٱلسَّحَابَ ٱلثِّقَالَ
Huwal laẓee yureekumul barq̣a khawfañw waṭamaʻañw wayuñshiʹus saḥaabas̤ s̤iq̣aal!
އަދި ބިރުވެތިވެވޭ އެއްޗެއްގެގޮތުންނާއި ދަހިވެތިވެވޭ އެއްޗެއްގެގޮތުން - އެބަހީ: ދަތުރުވެރިން ބިރުވެތިވާ އަދި ރަށުގައި قائم ވެތިބޭމީހުން ވާރެއަށް ދަހިވެތިވާ އެއްޗެއްގޮތުން ވިދުވަރުލެއްވީ ހަމަ އެކަލާނގެއެވެ. އަދި ފެނުން ބަރުވެގެންވާ ވިލާތައް އެކަލާނގެ އުފައްދަވާ حركاة ކުރުވައެވެ.
-
13:13
وَيُسَبِّحُ ٱلرَّعْدُ بِحَمْدِهِۦ وَٱلْمَلَـٰٓئِكَةُ مِنْ خِيفَتِهِۦ وَيُرْسِلُ ٱلصَّوَٰعِقَ فَيُصِيبُ بِهَا مَن يَشَآءُ وَهُمْ يُجَـٰدِلُونَ فِى ٱللَّهِ وَهُوَ شَدِيدُ ٱلْمِحَالِ
Wa-yusabbiḥur RAʻDU bi-Ḥamdihee walmalaaaʹikatu min kheefatih: wa-yursiluṣ ṣawaaʻiq̣a fayuṣeebu bihaa mañy yashaaaʹu wa-hum yujaadiloona fil laahi, wa-Huwa Shadeedul miḥaal!
އަދި ގުގުރި ﷲ އަށް تسبيح ވިދާޅުވެ އެކަލާނގެއަށް حمد ثناء ދަންނަވައެވެ. އަދި މަލާއިކަތްބޭކަލުންވެސް އެކަލާނގެއަށް ބިރުފުޅުން تسبيح ވިދާޅުވެ حمد ثناء ދަންނަވައެވެ. އަދި އެކަލާނގެ ހޮނު އަލިފާން ފޮނުއްވައެވެ. ދެން އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެއަލިފާން ދިމާކުރައްވައެވެ. އެފަދަ ކަންތައް ހިންގަވާއިރުވެސް މީސްތަކުންކުރެ ބައެއްމީހުން ﷲ އާ މެދު جدل ކޮށް އެކަލާނގެ قدرة ތެރިކަމަށް އިންކާރުކުރަނީއެވެ. އެކަލާނގެއީ عقوبة ދެއްވުމާއި ހިއްޕެވުން ގަދަވެގެންވާ ކަލާނގެކަމުގައިވާ حال ގައެވެ. • ދަންނައެވެ! الرَّعْدُ މިއީ ދިވެހިން ކިޔާ ގުގުރިއެވެ. އާޔަތުގައި މިވަނީ ގުގުރި تسبيح ވިދާޅުވާ ކަމަށެވެ. އަދި ﷲ އަށް حمد ވެސް ކުރައްވާކަމަށެވެ. މިހެންވެ تفسير علم ވެރިންގެމެދުގައި إختلاف އެއް ހިނގާފައިވެއެވެ. عامّ ކޮށް ގިނަ مفسّر ން ވިދާޅުވަނީ އެއީ ވިލާގެ ކަންތަކާއި حوال ކުރައްވާފައިވާ މަލާއިކަތާކަމަށެވެ. އެއަޑަކީ އެކަލޭގެފާނުންގެ އަޑުފުޅުކަމަށެވެ. އަދި އެ އަލިފާނަކީ އެކަލޭގެފާނުންގެ އަނގަފުޅުން ނެރުއްވާ އަލިފާނެއްކަމަށެވެ. ﷲ ގެ إذن ފުޅަށް މިކަންކަމަކީ ހިނގުން ދުރުކަމެއްނޫނެވެ.\nއަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ رَعْدُ މިކިޔާ އެއްޗަކީ އެއްވިލާގަނޑު އަނެއްވިލާގަނޑާ ގާތްކޮށް ފިއްތާލާ ވަޔެކެވެ. ދެން ފިތޭވަގުތު އެއަޑު އަންނަނީކަމަށެވެ. މިއީވެސް ހަމަ ﷲ ގެ އިޒުނަފުޅަށް ވުން ދުރުކަމެއްނޫނެވެ. والله أعلم بالصّواب = تفسير قرطبى =
-
13:14
لَهُۥ دَعْوَةُ ٱلْحَقِّ ۖ وَٱلَّذِينَ يَدْعُونَ مِن دُونِهِۦ لَا يَسْتَجِيبُونَ لَهُم بِشَىْءٍ إِلَّا كَبَـٰسِطِ كَفَّيْهِ إِلَى ٱلْمَآءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَـٰلِغِهِۦ ۚ وَمَا دُعَآءُ ٱلْكَـٰفِرِينَ إِلَّا فِى ضَلَـٰلٍ
Lahoo daʻwatul Ḥaq̣q̣: wallaẓeena yadʻoona miñ doonihee laa- yastajeeboona lahum̃ bishayʹin ʹillaa kabaasiṭi kaffayhi ʹilal maaaʹi liyablug̣a faahu wa-maa huwa bibaalig̣ih: wa-maa duʻaaaʹul kaafireena ʹillaa fee ḍalaal.
دعاء ކުރުން حقّ ވެގެންވަނީ ﷲ އަށެވެ. إجابة ކުރައްވާނީވެސް ހަމަ އެކަލާނގެއެވެ. އަދި مشرك ންގެ މީހުން އެކަލާނގެފިޔަވައި އެގޮވާ ފަރާތްތައް (އެ شريك ންތައް) دعاء ކޮށް ގޮވާ އެހަދާމީހުންނަށް އިޖާބަ ނުކުރާނެއެވެ. އެއްވެސްގޮތަކުން އަޅައިވެސް ނުލާނެއެވެ. އެތަކެއްޗަށް އެއްވެސް އެއްޗެއް މިލްކުވެގެން ނުވެއެވެ. އެފަދަ ތަކެއްޗަށް ގޮވާ دعاء ކުރާމީހާގެ މިސާލަކީ ތިމާގެ ދެއަތްތިލަ ހުޅުވައިގެން ފެންއެއްޗަކަށް އަތްލައިގެން އޮވެ އަނގައިން ފެނަށް ގޮވާމީހާގެ މިސާލެވެ. އެހެން އޮވެ ކިތައްމެވަރަކަށް ހަޅޭލިޔަސް އޭނާގެ އަނގަޔަށް ފެން ނުފޯރާނެއެވެ. ކާފަރުން ބުދަށާއި ދެންވެސް އެބާވަތުގެ ތަކެއްޗަށް ގޮވާ دعاء ކުރާ ކުރުންވެސް ހަމައެފަދައެވެ. އެއީ ހަމަ ގެއްލުމާއި ހަލާކެވެ. މަގުފުރެދުމެކެވެ.
-
13:15
وَلِلَّهِ يَسْجُدُ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ طَوْعًا وَكَرْهًا وَظِلَـٰلُهُم بِٱلْغُدُوِّ وَٱلْـَٔاصَالِ ۩
Wa-lillaahi yasjudu mañ fis samaawaati wal-ʹarḍi ṭaw-ʻañw wakarhañw waz̤̣ilaaluhum̃ bilg̣uduwwi wal-ʹaaṣaal.
އަދި އުޑުތަކާއި ބިމުގައިވާހާބަޔަކު ރުހި ކިޔަމަންތެރިވެގެންވެސް އަދި ނުރުހި ނުކިޔަމަންތެރިވެގެންވެސް، ކިޔަމަންތެރިވުން ވާޖިބުވެގެންވަނީ ހަމަ ﷲ އަށެވެ. އަދި ހެނދުނާއި ހަވީރު، އެމީހުންގެ ހިޔަނިތައްވެސް އެކަލާނގެއަށް سجدة ކުރެއެވެ. ކިޔަމަންވެގެންވެއެވެ.
-
13:16
قُلْ مَن رَّبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ قُلِ ٱللَّهُ ۚ قُلْ أَفَٱتَّخَذْتُم مِّن دُونِهِۦٓ أَوْلِيَآءَ لَا يَمْلِكُونَ لِأَنفُسِهِمْ نَفْعًا وَلَا ضَرًّا ۚ قُلْ هَلْ يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ أَمْ هَلْ تَسْتَوِى ٱلظُّلُمَـٰتُ وَٱلنُّورُ ۗ أَمْ جَعَلُوا۟ لِلَّهِ شُرَكَآءَ خَلَقُوا۟ كَخَلْقِهِۦ فَتَشَـٰبَهَ ٱلْخَلْقُ عَلَيْهِمْ ۚ قُلِ ٱللَّهُ خَـٰلِقُ كُلِّ شَىْءٍ وَهُوَ ٱلْوَٰحِدُ ٱلْقَهَّـٰرُ
Q̣ul mar Rabbus samaawaati wal-ʹarḍ? Q̣ulil laah. Q̣ul ʹafattakhaẓtum miñ dooniheee ʹawliyaaaʹa laa- yamlikoona liʹañfusihim nafʻañw walaa ḍarraa? Q̣ul hal yastawil ʹaʻmaa wal-baṣeer. ʹAm hal tastawiz̤̣ z̤̣ulumaatu wannoor? ʹAm jaʻaloo lillaahi shurakaaaʹa khalaq̣oo kakhalq̣ihee fatashaabahal khalq̣u ʻalayhim? Q̣ulil laahu Khaaliq̣u kulli shayʹiñw wa-Huwal Waaḥidul Q̣ahhaar.
އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! [އުޑުތަކާއި ބިމުގެ ربّ އަކީ ކާކުހެއްޔެވެ؟] އެތަންތަން ބަލަހައްޓަވާ އެތާނގެ ވެރިޔަކީ ކާކުހެއްޔެވެ؟] ކަލޭގެފާނު އޭގެ جواب ގައި ވިދާޅުވާށެވެ! [އެއީ ﷲ އެވެ.] ކަލޭގެފާނު ވިދާޅުވާށެވެ! [ކަލޭމެން ފަހެ އެކަލާނގެ ފިޔަވައި ސަހަރޯވެރިންތަކެއް إختيار ކުރީހެއްޔެވެ؟ އެތަކެއްޗަށް އެތަކެތީގެ އަމިއްލަ نفس ތަކަށްވެސް އެއްވެސް މަންފާއެއް އަދި ގެއްލުމެއް މިލްކުވެގެން ނުވެއެވެ.] ކަލޭގެފާނު ވިދާޅުވާށެވެ! [ލޮލަށް ނުފެންނަމީހާއާއި ފެންނަމީހާ ހަމަހަމަވާނެހެއްޔެވެ؟ ނުވަތަ އަނދިރިޔާއި އައްޔާ އެއްވަރުވާނޭހެއްޔެވެ؟ މިތަކެތި އެއްވަރު ނުވާނެއެވެ. ހަމަހަމަނުވާނެއެވެ. ހަމައެފަދައިން مؤمن ންނާއި ކާފަރުން ހަމަހަމަވާނޭހެއްޔެވެ؟ ނުވާނެކަން ކަށަވަރެވެ.] އަދި އެ مشرك ންގެމީހުން ﷲ އަށް شريك ންތަކެއްވާކަމުގައި ނިންމައި ދެން އެ شريك ންތައްވެސް ﷲ ތަކެތި ހައްދަވާފަދައިން ތަކެތި ހައްދަވައި ދެފަރާތުން ހެއްދެވިތަކެތި އެމީހުންނަށް އޮޅުނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! [އެއްގޮތަކަށްވެސް އެހެންނޫނެވެ. ހުރިހާ އެއްޗެއް ހައްދަވާ ކަލަކީ ހަމަ ﷲ އެވެ. އެކަލާނގެއީ އެއްކައުވަންތަ އަދި އެފަރާތަށްމެނުވީ އަޅުކަން ވެވުން حق ވެގެންނުވާ ގަދަފަދަވަންތަ ކަލާނގެއެވެ.]
-
13:17
أَنزَلَ مِنَ ٱلسَّمَآءِ مَآءً فَسَالَتْ أَوْدِيَةٌۢ بِقَدَرِهَا فَٱحْتَمَلَ ٱلسَّيْلُ زَبَدًا رَّابِيًا ۚ وَمِمَّا يُوقِدُونَ عَلَيْهِ فِى ٱلنَّارِ ٱبْتِغَآءَ حِلْيَةٍ أَوْ مَتَـٰعٍ زَبَدٌ مِّثْلُهُۥ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ ٱلْحَقَّ وَٱلْبَـٰطِلَ ۚ فَأَمَّا ٱلزَّبَدُ فَيَذْهَبُ جُفَآءً ۖ وَأَمَّا مَا يَنفَعُ ٱلنَّاسَ فَيَمْكُثُ فِى ٱلْأَرْضِ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ ٱلْأَمْثَالَ
ʹAñzala minas samaaaʹi maaaʹañ fasaalat ʹawdiyatum biq̣adarihaa faḥtamalas saylu zabadar raabiyaa. Wa-mimmaa yooq̣idoona ʻalayhi fin naarib tig̣aaaʹa ḥilyatin ʹaw mataaʻiñ zabadum mis̤luh. Kaẓalika yaḍribul laahul Ḥaq̣q̣a wal-Baaṭil. Faʹammaz zabadu fayaẓhabu jufaaaʹaa. Waʹammaa maa- yañfaʻun naasa fayamkus̤u fil ʹarḍ. Kaẓaalika yaḍribul laahul ʹams̤aal.
ﷲ تعالى އުޑުން ފެންވެއްސަވައެވެ. އެފެން ވާދީތަކަށް އެޅި އެ ވާދީއެއްގެ ހުރި ބޮޑުކުޑަމިނަކަށް ފެން ޖަމާވެއެވެ. ދެން އެފެންގަނޑުގެ މައްޗަށް އެތާހުންނަ ހަޑި ބައެއްތަކެއްޗާއިއެކު ފޮނުގަނޑެއް އުފެދި ފެނުގެމައްޗަށް އަރައެވެ. އަދި ގަހަނާހެދުމަށް ނުވަތަ ހިފާގެންގުޅޭ ބައެއްތަކެތި ހެދުމަށް އަލިފާނުން ވިރުވާ އެކިބާވަތުގެ مَعْدَن ގެމައްޗަށް އެކަންވާރުގެ މަތީބަޔަށް އެއިން އުފެދޭ ވިޔާނުދާ ދަގުޔާއި ބޭނުން ނުކުރެވޭ ސާމާނުތައް އަރައިޖަމާވެއެވެ. ﷲ تعالى حقّ އާއި بَاطل ގެ މިސާލުޖައްސަވަނީ އެފަދައިންނެވެ. ދެންފަހެ، ވާދީގެމައްޗަށް އެއަރާފައިވާ ފޮނުގަނޑު ބޭނުން ނުކުރެވި ވަޔަށްއަރައިގެން ހިނގައިދެއެވެ. އަދި مَعْدَن ވިރުވި ކަންވާރުގެމައްޗަށް އަރާފައިވާ އޭގެ ހަޑި އަދި ބޭކާރުބައި ދަގުއިފަދަ ތަކެތި އުކައިލެވިދެއެވެ. ދެން މީސްތަކުންނަށް އެފައިދާކުރާބައި ވާދީގެނަމަ ރަނގަޅު ފެނާއި އަދި ކަންވާރުގައިނަމަ ވިރިފައިވާ مَعْدَن ثابت ވެ ހުރެއެވެ. ﷲ تعالى މިސާލުތައް ޖައްސަވަނީ އެފަދައިންނެވެ. މީސްތަކުން އެއަށް ވިސްނާ އެއިން عبرة حاصل ކުރާށެވެ. މިއީ حقّ އާއި باطل ގެ ފުރިހަމަ މިސާލެކެވެ. باطل އަކީ ކުޑަވަގުތުކޮޅަކުއޮތަސް ފެންގަނޑުމަތީ އޮތް ފޮނުގަނޑު އޮތްގޮތަށް އިރުކޮޅަކުއޮތަސް އެފޮނުގަނޑު ވަޔަށް އަރައިގެން ދިޔަގޮތަށް އަރައިގެން ދާނޭ އެއްޗެކެވެ. حقّ އެއީ މީސްތަކުންނަށް ފައިދާކުރާނޭ އެއްޗެކެވެ. އޭތި ވަޔަށް ބުރައިގެން ނުދާނެއެވެ. ވާދީގެ ފެންގަނޑުފަދައިން ސާބިތުވެއޮންނާނެއެވެ. ހަމައެފަދައިން معدن ވިރުވި ކަންވާރުގެމައްޗަށް އެރި ބޭކާރުބައި އެއީ باطل ގެ މިސާލެވެ. އެބައި އުކައިލެވޭނީއެވެ. އޭގެފައިދާކުރާބައި ކަންވާރުގެ އަޑީގައި ސާބިތުވެހުންނާނެއެވެ. އެއީ حقّ ގެ މިސާލެވެ. والله أعلم.
-
13:18
لِلَّذِينَ ٱسْتَجَابُوا۟ لِرَبِّهِمُ ٱلْحُسْنَىٰ ۚ وَٱلَّذِينَ لَمْ يَسْتَجِيبُوا۟ لَهُۥ لَوْ أَنَّ لَهُم مَّا فِى ٱلْأَرْضِ جَمِيعًا وَمِثْلَهُۥ مَعَهُۥ لَٱفْتَدَوْا۟ بِهِۦٓ ۚ أُو۟لَـٰٓئِكَ لَهُمْ سُوٓءُ ٱلْحِسَابِ وَمَأْوَىٰهُمْ جَهَنَّمُ ۖ وَبِئْسَ ٱلْمِهَادُ
Lillaẓeenas tajaaboo li-Rabbihimul Ḥusnaa. Wallaẓeena lam yastajeeboo lahoo law ʹanna lahum maa fil ʹarḍi jameeʻañw wamis̤lahoo maʻahoo laftadaw bih. ʹUlaaaʹika lahum soooʹul ḥisaab: wa-maʹwaahum jahannam.― wabiʹsal mihaad!
ﷲ އަށް އީމާންވެ އަދި رسول އާއި تبع ވެ ކިޔަމަންތެރިވުމަށް ގޮވާލެވުމުން އެބަޔަކު އެބަޔަކުގެ ربّ އަށް އިޖާބަދީ ކިޔަމަންތެރިވެ رسول އާއި تبع ވީމީހުންނަށް ހުރީ قيامة ދުވަހުން ސުވަރުގެއެވެ. ބޮޑުވެގެންވާ نعمة އެވެ. އަދި ﷲ އަށް އީމާންނުވެ رسول އާއި تبع ނުވި މީހުން ދަންނައެވެ! قيامة ދުވަހުން އެމީހުންނަށް އެހުރި عذاب ން ސަލާމަތްވުމަށް އެމީހުންނަށް ދުނިޔެއާއި އެތާ ވާހާތަކެއްޗާއި އަދި އެފަދަ އިތުރު އެހާތަކެތި އޮތްނަމަވެސް އެތަކެތި فدية އެއްގެގޮތުގައި ދީ ސަލާމަތްވޭތޯ ބެލީހެވެ. (ނަމަވެސް އެއީ ދެން ވާނޭކަމެއްނޫނެވެ.) އެމީހުންނަށް ހުރީ ހިސާބު ބެއްލެވުމުގެ އެންމެނުބައި ގޮތެވެ. އެއީ އެއްވެސް ތަންކޮޅެއް عفو ނުވެ ހުރިހާ ފާފައަކަށް عذاب ލިބުމެވެ. އެމީހުންގޮސް ތިބޭނެތަނަކީ قيامة ދުވަހުން ނަރަކައެވެ. އެއީ ނުބައި ތަންމައްޗެކެވެ.
-
13:19
۞ أَفَمَن يَعْلَمُ أَنَّمَآ أُنزِلَ إِلَيْكَ مِن رَّبِّكَ ٱلْحَقُّ كَمَنْ هُوَ أَعْمَىٰٓ ۚ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَـٰبِ
ʹAfamañy yaʻlamu ʹannamaaa ʹuñzila ʹilayka mir Rabbikal Ḥaq̣q̣u kaman huwa ʹaʻmaa? ʹInnamaa yataẓakkaru ʹulul ʹalbaab;―
ހަމަކަށަވަރުން ކަލޭގެފާނަށް ކަލޭގެފާނުންގެ ربّ ގެ حضرة ން ބާވައިލެއްވޭތަކެތި އެއީ حقّ ކަން ދަންނަމީހާއާއި ކަނުމީހާއާއި އެބަހީ: ތިމާގެމައްޗަށް فرض ވެގެންވާ ކަންތައްވެސް އޭނާޔަށް ނޭނގޭ އެއްވެސް ހެޔޮއެއްޗެއް ނޭނގޭ جاهل މީހާއައި ދެމީހުން އެއްފަދަހެއްޔެވެ؟ އެދެމީހުން އެއްވަރުވާނެހެއްޔެ؟ ނުވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން وعظ نصيحة އާއި عبرة ލިބިގަންނާނީ ބުއްދިވެރިންނެވެ.
-
13:20
ٱلَّذِينَ يُوفُونَ بِعَهْدِ ٱللَّهِ وَلَا يَنقُضُونَ ٱلْمِيثَـٰقَ
ʹAllaẓeena yoofoona biʻAhdil laahi wa-laa yañq̣uḍoonal Mees̤aaq̣;
މިބުނާ ބުއްދިވެރިންނަކީ ﷲ ގެ عهد ތައް ފުއްދާމީހުންނެވެ. އަދި އެއްވެސްގޮތަކުން ވެވިފައިވާ عهد ކަށަވަރެއް އުވައިނުލާ މީހުންނެވެ.
-
13:21
وَٱلَّذِينَ يَصِلُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيَخْشَوْنَ رَبَّهُمْ وَيَخَافُونَ سُوٓءَ ٱلْحِسَابِ
Wallaẓeena yaṣiloona maaa ʹamaral laahu biheee ʹañy yooṣala wa-yakhshawna Rabbahum wa-yakhaafoona soooʹal ḥisaab;
އަދި އެމީހުންނަކީ ﷲ تعالى އެމީހުނަށް އެ އެއްޗެއް ކަނޑައިނުލައި ގުޅުވުމަށް أمر ކުރައްވާފައިވާ އެތި ގުޅުވާމީހުންނެވެ. އެބަހީ: رَحِمُ ގުޅުވާމީހުންނެވެ. އަދި އެމީހުންނަކީ އެމީހުންގެ ربّ އަށް ބިރުވެތިވާ އަދި حِسَاب ބެއްލެވުމުގައި جدل ކުރެވި އެކަމުގެ ނުބައިކަމާމެދު ބިރުވެތިވާމީހުންނެވެ.
-
13:22
وَٱلَّذِينَ صَبَرُوا۟ ٱبْتِغَآءَ وَجْهِ رَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَنفَقُوا۟ مِمَّا رَزَقْنَـٰهُمْ سِرًّا وَعَلَانِيَةً وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ أُو۟لَـٰٓئِكَ لَهُمْ عُقْبَى ٱلدَّارِ
Wallaẓeena ṣabarub tig̣aaaʹa Wajhi Rabbihim wa-ʹaq̣aamuṣ Ṣalaata wa-ʹañfaq̣oo mimmaa razaq̣naahum sirrañw waʻalaaniyatañw wayadraʹoona bilḥasanatis sayyiʹata ʹulaaaʹika lahum ʻuq̣bad Daar,―
އަދި އެމީހުންނަކީ އެމީހުންގެ ربّ ގެ ރުހިވޮޑިގަތުން އެދިގެން ކެތްތެރިވީ މީހުންނެވެ. އަދި އެމީހުންނަކީ ނަމާދު قائم ކުރާމީހުންނެވެ. އަދި ތިމަންރަސްކަލާނގެ އެމީހުނަށް ދެއްވި ރިޒުގުން ސިއްރާއި ފައުޅުގައިވެސް ﷲ ގެ މަގުގައި ހޭދަކުރާމީހުންނެވެ. އަދި އެމީހުންނަކީ ހެޔޮކަންތައް ކުރުމުގެ ސަބަބުން ނުބައިކަންތައް ދުރުކުރާމީހުންނެވެ. އެމީހުން ދަންނައެވެ! އެމީހުން ކިޔަމަންތެރިވުމާ ގުޅިގެން އެމީހުންނަށް قيامة ދުވަހުން ހުރީ ސުވަރުގެއެވެ.
-
13:23
جَنَّـٰتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّـٰتِهِمْ ۖ وَٱلْمَلَـٰٓئِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍ
Jannaatu ʻAdniñy yadkhuloonahaa wa-mañ ṣalaḥa min ʹaabaaaʹihim wa-ʹazwaajihim waẓurriyyaatihim walmalaaaʹikatu yadkhuloona ʻalayhim miñ kulli baab.
قائم ވެ ތިބޭ ސުވަރުގެތަކަށް އެމީހުން ވަންނަހުއްޓެވެ. އަދި އީމާންކަމާއި ކިޔަމަންތެރިވުމުގެގޮތުން صلح ވެ ހަމަޖެހިގެންވަންޏާ އެމީހުންގެ ބަފައިންނާއި އަނބިންނާއި އަދި އެމީހުންގެ ދަރިންވެސް އެމީހުންނާއެކު ސުވަރުގެއަށް ވަންނަހުއްޓެވެ. އަދި ސުވަރުގެ ކޮންމެ ދޮރަކުން އެމީހުންގެގާތަށް އެކިއެކި އުފާވެރި خبر އާއިގެން މަލާއިކަތްބޭކަލުން ވެދެވަޑައިގަންނަވާނެއެވެ.
-
13:24
سَلَـٰمٌ عَلَيْكُم بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى ٱلدَّارِ
Salaamun ʻalaykum̃ bimaa ṣabartum faniʻma ʻuq̣bad Daar!
އަދި އެބޭކަލުން ވިދާޅުވާނެއެވެ. [ކަލޭމެންގެ މައްޗަށް ސަލާމްހުއްޓެވެ. ކަލޭމެން ކެތްތެރިވުމުގެ ސަބަބުން ކަލޭމެނަށް އެޔާ ވިދިގެން ލިބުނު ސުވަރުގެ ރަނގަޅުވެގެންވެއެވެ.]
-
13:25
وَٱلَّذِينَ يَنقُضُونَ عَهْدَ ٱللَّهِ مِنۢ بَعْدِ مِيثَـٰقِهِۦ وَيَقْطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفْسِدُونَ فِى ٱلْأَرْضِ ۙ أُو۟لَـٰٓئِكَ لَهُمُ ٱللَّعْنَةُ وَلَهُمْ سُوٓءُ ٱلدَّارِ
Wallaẓeena yañq̣uḍoona ʻAhdal laahi mim baʻdi Mees̤aaq̣ihee wa-yaq̣ṭaʻoona maaa ʹamaral laahu biheee ʹañy yooṣala wa-yufsidoona fil ʹarḍi ʹulaaaʹika lahumul Laʻnatu wa-lahum soooʹud Daar!
އަދި އެބައިމީހުން ﷲ އާ މެދު ވެފައިވާ عَهْدُ ކަށަވަރު އުވައިލާ، އެ عَهْدُ ގައިވާގޮތަށް عمل ކުރުމަށް އެއްބަސްވުމަށްފަހު އެއަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި، އަދި ނުކަނޑައި ގުޅުވުމަށް ﷲ އެމީހުންނަށް أمر ކުރައްވާފައިވާ ތިމާގެކަމުގެ رَحم ކަނޑައިހެދިމީހުން އަދި އެމީހުން ﷲ އަށް އުރެދި ބިން ފާސިދުކުރާމީހުން ދަންނައެވެ! އެމީހުންނަށް ހުރީ ހަމަ لعنة އެވެ. ﷲ ގެ رحمة އާ ދުރުވުމެވެ. އަދި އެމީހުންނަށް ހުރީ آخرة ގެ ގޮވަތީގެ ނުބައިކަމެވެ. އެއީ ނަރަކައެވެ.
-
13:26
ٱللَّهُ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ وَفَرِحُوا۟ بِٱلْحَيَوٰةِ ٱلدُّنْيَا وَمَا ٱلْحَيَوٰةُ ٱلدُّنْيَا فِى ٱلْـَٔاخِرَةِ إِلَّا مَتَـٰعٌ
ʹAllaahu yabsuṭur Rizq̣a limañy yashaaaʹu wa-yaq̣dir. Wa-fariḥoo bilḥayaatid dunyaa. Wa-mal ḥayaatud dunyaa fil ʹAakhirati ʹillaa mataaʻ.
ﷲ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ރިޒުގު ތަނަވަސްކުރައްވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ދަތިކުރައްވައެވެ. ރިޒުގު މަދުކުރައްވައެވެ. އަދި އެބަޔަކަށް އެކަލާނގެ ރިޒުގު ތަނަވަސްކޮށްދެއްވި ބަޔަކު ދުނިޔޭގެ ދިރިއުޅުމަށް އުފާކޮށް މަޖާނަގައެވެ. އަދި އެކަމަކު آخرة ގެ ދިރިއުޅުމަށް ބަލާއިރު ދުނިޔޭގެ ދިރިއުޅުމަކީ ހަމަ ދާދިކުޑަ މިންވަރެއްކަމުގައި މެނުވީ ނުވެއެވެ. ދަތުރުވެރިއަކު ދަތުރުމައްޗަށް ގެންދާ ކުޑައެތިކޮޅެއްފަދަ މަދުއެތިކޮޅެކެވެ.
-
13:27
وَيَقُولُ ٱلَّذِينَ كَفَرُوا۟ لَوْلَآ أُنزِلَ عَلَيْهِ ءَايَةٌ مِّن رَّبِّهِۦ ۗ قُلْ إِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهْدِىٓ إِلَيْهِ مَنْ أَنَابَ
Wa-yaq̣oolul laẓeena kafaroo laaa-law ʹuñzila ʻalayhi ʹAayatum mir Rabbih? Q̣ul ʹinnal laaha yuḍillu mañy yashaaaʹu wa-yahdeee ʹilayhi man ʹanaab.
އަދި ކާފަރުވީ މީސްތަކުން ބުނެއެވެ. [އެކަލޭގެފާނަށް يعني: محمّد ﷺ އަށް އެކަލޭގެފާނުންގެ ربّ ގެ حضرة ން ބޮޑު معجزة އެއް ބާވައިލައްވާނެނަމަ ކިހާރަނގަޅުހެއްޔެވެ؟ ނުވަތަ އެކަލޭގެފާނަށް ބޮޑު خزانة އެއްވުންފަދަ - ނުވަތަ އަރިހުގައި މަލާއިކަތް ބޭކަލަކު ހުންނެވުންފަދަ معجزة އެއް ނެތީ ކީއްވެގެންހެއްޔެވެ؟] އޭގެ جواب ގައި ﷲ އެ އަންގަވަނީ އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! [ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކު މަގުފުރައްދަވައި އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ حضرة އަށް رجوع ވެ توبة ވުމަށް މަގުދައްކަވައެވެ. އެއީ އެކަލާނގެއަށް خاصّ ވެގެންވާ ކަމެކެވެ. معجزة ބާވައިލެއްވުމާ ނުލެއްވުންވެސް ވަނީ އެކަލާނގެ އަތްޕުޅުގައެވެ. معجزة އެއްނުލައިވެސް އީމާންވާނެމީހުން އީމާންވަނީއެވެ. އެއީ އެކަލާނގެ އަޅާގެ ހިތަށް ﷲ ވައްދަވާ ނޫރެކެވެ. އަލިކަމެކެވެ.]
-
13:28
ٱلَّذِينَ ءَامَنُوا۟ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ ٱللَّهِ ۗ أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ
ʹAllaẓeena ʹaamanoo wa-taṭmaʹinnu q̣uloobuhum̃ biẓikril laah. ʹAlaa biẓikril laahi taṭmaʹinnul q̣uloob.
އެމީހުންނަކީ އެބަހީ: توبة ވީމީހުންނަކީ އީމާންވެގެން އެމީހުންގެ ހިތްތައް ﷲ ގެ ذِكر ން މައިތިރިވެ ހަމަޖެހިގެންވާ މީހުންނެވެ. ﷲ ހަނދާންކޮށް ދުލުން ذكر ކުރުމުގެ كلمة ތައް ކިޔާމީހުންނެވެ. ﷲ އަށް ذكر ކުރުމަކީ ހިތްތައް ހަމަޖެހި މައިތިރިވެ ހިތްތަކަށް سُكُونَة ލިބޭކަމެއްކަން ކަލޭމެން ދަންނާށެވެ!
-
13:29
ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ طُوبَىٰ لَهُمْ وَحُسْنُ مَـَٔابٍ
ʹAllaẓeena ʹaamanoo wa-ʻamiluṣ Ṣaaliḥaati ṭoobaa lahum waḥusnu maʹaab.
އަދި އީމާންވެގެން صالح عمل ކުރި މީސްތަކުންނަށް قيامة ދުވަހުން طُوْبَى ވެއެވެ. އަދި އެނބުރިގޮސް ތިބުމަށް ރަނގަޅުތަންވެއެވެ. (އެއީ ސުވަރުގެއެވެ.) • ދަންނައެވެ. طُوبى އަކީ އެއްމާނައެއްގައި ކޮޅުނެތްކޮޅުގެ އުފާވެރިކަމެވެ. ނަމަވެސް މިއާޔަތުގެ تفسير ގައި ވާރިދުވެގެން އައިސްފައިވާ އަސަރުތަކަށް ބަލާއިރު طُوبى އަކީ ސުވަރުގޭގައިވާ ގަހެކެވެ. ސުވަރުގޭގެ އާރުތައް ދެމިގެން އަންނަނީ އެގަހުގެ ބުޑުންކަމުގައިވިއެވެ. މުޅި ސުވަރުގޭގައިވަނީ އެގަހުގެ ހިޔާކަމުގައިވިއެވެ. - والله أعلم. = تفسيرطبري = އަށް ބައްލަވާށެވެ. މިގަހާބެހޭ ދިގުވާހަކަވެއެވެ.
-
13:30
كَذَٰلِكَ أَرْسَلْنَـٰكَ فِىٓ أُمَّةٍ قَدْ خَلَتْ مِن قَبْلِهَآ أُمَمٌ لِّتَتْلُوَا۟ عَلَيْهِمُ ٱلَّذِىٓ أَوْحَيْنَآ إِلَيْكَ وَهُمْ يَكْفُرُونَ بِٱلرَّحْمَـٰنِ ۚ قُلْ هُوَ رَبِّى لَآ إِلَـٰهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَإِلَيْهِ مَتَابِ
Kaẓaalika ʹarsalnaaka feee ʹUmmatiñ q̣ad khalat miñ q̣ablihaaa ʹUmamul litatluwa ʻalayhimul laẓeee ʹawḥaynaaa ʹilayka wa-hum yakfuroona bir-Raḥmaan! Q̣ul Huwa Rabbee Laaa ʹilaaha ʹillaa Hoo! ʻAlayhi tawakkaltu wa-ʹilayhi mataab!
އޭ رسول ﷲ އެވެ! ކަލޭގެފާނުގެ ކުރިން ވޭތިވެގޮސްފައިވާ أمّة ތަކަށްވެސް ތިމަންރަސްކަލާނގެ رسول ބޭކަލުން ފޮނުއްވިފަދައިން ކަލޭގެފާނުވެސް ތިމަންރަސްކަލާނގެ ހަމައެފަދަ أمّة އަކަށް رسول ކަމާއިގެން ފޮނުއްވީމެވެ. އެއީ އެމީހުން رحمن ވަންތަ ރަސްކަލާނގެއަށް ކާފަރުވާ حال ގައިވެސް ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި ތަކެތި ކަލޭގެފާނު އެމީހުންނަށް ކިޔަވާ ވިދާޅުވެދެއްވުމަށެވެ. رسول ކަން އިއްވެވުމަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! [އެ رحمن އެއީ ތިމަންރަސްކަލާނގެ ربّ އެވެ. އެކަލާނގެ މެނުވީ އެހެން إله އަކު ނުވެއެވެ. حقّ އެހެން إله އަކުނުވެއެވެ. އަދި އަހުރެން وكيل ކޮށް އިތުބާރުކުރަނީ އެކަލާނގެއަށެވެ. އަދި އަހުރެން توبة ވެ رجوع ވުންވެސްވަނީ ހަމަ އެކަލާނގެ حضرة އަށެވެ.]
-
13:31
وَلَوْ أَنَّ قُرْءَانًا سُيِّرَتْ بِهِ ٱلْجِبَالُ أَوْ قُطِّعَتْ بِهِ ٱلْأَرْضُ أَوْ كُلِّمَ بِهِ ٱلْمَوْتَىٰ ۗ بَل لِّلَّهِ ٱلْأَمْرُ جَمِيعًا ۗ أَفَلَمْ يَا۟يْـَٔسِ ٱلَّذِينَ ءَامَنُوٓا۟ أَن لَّوْ يَشَآءُ ٱللَّهُ لَهَدَى ٱلنَّاسَ جَمِيعًا ۗ وَلَا يَزَالُ ٱلَّذِينَ كَفَرُوا۟ تُصِيبُهُم بِمَا صَنَعُوا۟ قَارِعَةٌ أَوْ تَحُلُّ قَرِيبًا مِّن دَارِهِمْ حَتَّىٰ يَأْتِىَ وَعْدُ ٱللَّهِ ۚ إِنَّ ٱللَّهَ لَا يُخْلِفُ ٱلْمِيعَادَ
Wa-law ʹanna q̣urʹaanañ suyyirat bihil jibaalu ʹaw q̣uṭṭiʻat bihil ʹarḍu ʹaw kullima bihil mawtaa, bal lillaahil ʹAmru jameeʻaa! ʹAfalam yayʹasil laẓeena ʹaamanooo ʹal law yashaaa ʹullaahu lahadan naasa jameeʻaa? Wa-laa yazaalul laẓeena kafaroo tuṣeebuhum̃ bimaa ṣanaʻoo Q̣aariʻatun ʹaw taḥullu q̣areebam miñ daarihim ḥattaa yaʹtiya waʻdul laah. ʹInnal laaha laa- yukhliful meeʻaad.
އަދި އެ قرآن ގެ ސަބަބުން ފަރުބަދަތައް ހުރިތަނުން ލުހިގެންގޮސް އެހެންތާކަށް ދިޔަނަމަވެސް އަދި ނުވަތަ އެ قرآن ގެ ސަބަބުން އޭގެ ކީރިތިކަމުން ބިންގަނޑު ކުދިކުދިވިޔަސް އަދި ނުވަތަ އެ قرآن ގެ كرامة ން މަރުވެފައިވާމީހުން ވާހަކަދެއްކިޔަސް (އެ قرآن އެއްކަމުގައިވާނީ ހަމަމި قرآن އެވެ. އެހެންނަމަވެސް އެކާފަރުންތައް އީމާނެއްނުވީހެވެ.) އަދި ކިއެއްހެއްޔެވެ؟ އެންމެހައި ކަމެއް خاصّ ވެ ملك ވެގެންވަނީ ހަމަ ﷲ އަށެވެ. (އެކަލާނގެ އެދިވޮޑިގަންނަވާގޮތަކަށް އެކަލާނގެ ކަންތައް ގެންދަވައެވެ. مُعْجِزَة އެއް ގެންނަވަން އެދިވޮޑިގެންނެވިނަމަވެސް ގެންނަވައިފީހެވެ.) އަދި ކާފަރުވެއްޖެމީހުން އެމީހުން ކުރިކަންތަކުގެ ސަބަބުން އެބަހީ: އެމީހުން ﷲ އަށް ކާފަރުވެ رسول ން ދޮގުކުރުމުގެ ސަބަބުން އެމީހުންނަށް ބޮޑުވެގެންވާ ހަލާކެއް ނުވަތަ كَارِثَة އެއް އައުމުން ފިލާނުދެއެވެ. ނުވަތަ އެމީހުންގެ ގޯތިގެދޮރާ ދާދިގާތަށް ބޮޑު مصيبة އެއް އަތުވެއްޖައުމަށްދާންދެން އެކާފަރުކަންމަތީ ދެމިތިބުމުން ފިލާނުދެއެވެ. (މިބުނާ مصية އަކީ مكّة فتح ކުރެއްވުމަށް رسول ﷲ ﷺ ވަޑައިގަތުން ކަމުގައި ބައެއް مفسّر ން ވިދާޅުވެއެވެ. އެއީ ﷲ ގެ وعد ފުޅުގެ މުރާދެވެ.) ހަމަކަށަވަރުން ﷲ تعالى އެކަލާނގެ ކުރެއްވި وعد ފުޅާ خلاف ވެވޮޑިނުގަންނަވައެވެ.
-
13:32
وَلَقَدِ ٱسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَأَمْلَيْتُ لِلَّذِينَ كَفَرُوا۟ ثُمَّ أَخَذْتُهُمْ ۖ فَكَيْفَ كَانَ عِقَابِ
Wa-laq̣adis tuhziʹa birusulim miñ q̣ablika faʹamlaytu lillaẓeena kafaroo s̤umma ʹakhaẓtuhum: fakayfa kaana ʻiq̣aab!
އޭ رسول ﷲ އެވެ! ހަމަކަށަވަރުން ކަލޭގެފާނުގެ ކުރިން ވަޑައިގެންނެވި رسول ންނަށްވެސް ކާފަރުން މަލާމާތްކޮށް ފުރައްސާރަކުރިއެވެ. އަދި އެކާފަރުންނަށް ތިމަންރަސްކަލާނގެ ތަންވަޅުދެއްވައިބޭތިއްބީމެވެ. ދެން ހަމަ ކުއްލިއަކަށް ތިމަންރަސްކަލާނގެ އެމީހުން ހިއްޕަވައި ހަލާކުކުރެއްވީމެވެ. ފަހެ ތިމަންރަސްކަލާނގެ عقوبة އެމީހުންގެ މައްޗަށް ވެގެންދިޔައީ ކޮންފަދައަކުންހެއްޔެވެ؟
-
13:33
أَفَمَنْ هُوَ قَآئِمٌ عَلَىٰ كُلِّ نَفْسٍۭ بِمَا كَسَبَتْ ۗ وَجَعَلُوا۟ لِلَّهِ شُرَكَآءَ قُلْ سَمُّوهُمْ ۚ أَمْ تُنَبِّـُٔونَهُۥ بِمَا لَا يَعْلَمُ فِى ٱلْأَرْضِ أَم بِظَـٰهِرٍ مِّنَ ٱلْقَوْلِ ۗ بَلْ زُيِّنَ لِلَّذِينَ كَفَرُوا۟ مَكْرُهُمْ وَصُدُّوا۟ عَنِ ٱلسَّبِيلِ ۗ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ
ʹAfaman Huwa q̣aaaʹimun ʻalaa kulli nafsim bimaa Kasabat? Wa-jaʻaloo lil-laahi shurakaaaʹ. Q̣ul sammoohum! ʹAm tunabbiʹoonahoo bimaa laa- yaʻlamu fil ʹarḍi ʹam biz̤̣aahirim minal q̣awl? Bal zuyyina lillazeena kafaroo makruhum waṣuddoo ʻanis Sabeel. Wa-mañy yuḍlilil laahu famaa lahoo min haad.
އަޅެފަހެ ކޮންމެ نفس އެއްގެމައްޗަށް ރައްކާތެރިވުމާއި ރިޒުގުދެއްވުމާއި އަދި އެ نفس އެއް ކުރި عمل އެއް ބެލެހެއްޓުމާއިގެން قائم ވެވޮޑިގެންވާ ކަލާނގެއާ، އެއްވެސްގޮތަކުން އަޑެއް ނުއިވޭ އެއްޗެއް ނުފެންނަ އެއްވެސްކަމެއް ނުކުރެވޭތަކެއްޗާ ހަމަހަމަހެއްޔެވެ؟ ﷲ އަށްވާ شريك ންކަމުގައި އެމީހުން އެތަކެތި ލައިފިއެވެ. އޭ رسول އާއެވެ! ކަލޭގެފާނު ވިދާޅުވާށެވެ! [އެމީހުން އެތަކެއްޗަށް ނަންކިޔައި ބަލާށެވެ! އެމީހުން އެތަކެއްޗަށް إله ން ކިޔައިފިއްޔާ އެއީ އެންމެބޮޑު ދޮގެވެ. އެހެނީ ﷲ އަށް شريك އަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެހެން إله އަކުވެސް ނުވެއެވެ. ނުވަތަ ބިމުގައި އެކަލާނގެއަށް އެގިވޮޑިނުގަންނަވާ އެއްޗެއްގެ خبر އެމީހުން އެކަލާނގެއަށް ދެނީހެއްޔެވެ؟ ނުވަތަ ހަމަ ބުނެ ފާޅުކޮށްލާ ދޮގުހުސްބައެއް އެމީހުން ބުނަނީހެއްޔެވެ؟ އަދި ކިއެއްހެއްޔެވެ؟ ކާފަރުވީ މީސްތަކުން ދަންނައެވެ! އެމީހުންގެ ކާފަރުކަމާ شرك ގެ ބަސް އެމީހުންނަށް ޒީނަތްތެރިކުރެވުނީއެވެ. شيطان އެމީހުންނަށް ޒީނަތްކޮށްދިނީއެވެ. އަދި އެމީހުން ﷲ ގެމަގުން ދުރުކުރެވިގެންވެއެވެ. ނުވަތަ އެމީހުން ﷲ ގެމަގުން އެހެންމީހުން ދުރުކޮށް ބަންދުކޮށްހަދައެވެ. އަދި ﷲ އެމީހަކު މަގުފުރައްދަވައިފި އަޅަކަށް ތެދުމަގުދައްކަވާނެ އެކަކުވެސް ނުވެއެވެ.]
-
13:34
لَّهُمْ عَذَابٌ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَعَذَابُ ٱلْـَٔاخِرَةِ أَشَقُّ ۖ وَمَا لَهُم مِّنَ ٱللَّهِ مِن وَاقٍ
Lahum ʻaẓaabuñ fil ḥayaatid dunyaa wa-laʻaẓaabul ʹAakhirati ʹashaq̣q̣: wa-maa lahum minal laahi miñw waaq̣.
އެމީހުންނަށް ދުނިޔޭގެ حياة ގައި ހުރީ ކަނޑައެޅިގެން عذاب އެވެ. (އެއީ ހަނގުރާމައިގައި ހައްޔަރުވުމާއި / مؤمن ންގެއަތުން އެމީހުން މަރުވުމާއި އަދި ބޮޑެތި ބަލާ مصيبة ޖެހުމެވެ.) އަދި آخرة ގެ عذاب މާގަދަވެފައި އުނދަގޫކަން މާބޮޑެވެ. އެއީ ނަރަކައިގެ ވަށްނިވަންނީގެ عذاب އެވެ. އަދި ﷲ ގެ حضرة ން އަތުވެދާނެ އެއްވެސް عذاب އެއް އުނދަގުލެއްގެ ފަރާތުން އެމީހުން دفاع ކޮށްދީ ސަލާމަތްކޮށްދޭނޭ އެކަކުވެސް ނުވެއެވެ.
-
13:35
۞ مَّثَلُ ٱلْجَنَّةِ ٱلَّتِى وُعِدَ ٱلْمُتَّقُونَ ۖ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ أُكُلُهَا دَآئِمٌ وَظِلُّهَا ۚ تِلْكَ عُقْبَى ٱلَّذِينَ ٱتَّقَوا۟ ۖ وَّعُقْبَى ٱلْكَـٰفِرِينَ ٱلنَّارُ
Mas̤alul jannatil latee wuʻidal Muttaq̣oon! tajree miñ taḥtihal ʹanhaar: ʹukuluhaa daaaʹimuñw waz̤̣illuhaa: tilka ʻUq̣bal laẓeenat taq̣aw: Wa-ʻUq̣bal kaafireenan Naar.
تقوى ވެރިންނަށް وعد ވެވިގެންވާ ސުވަރުގޭގެ މިސާލަކީ އެތަންތާނގެދަށުން އާރުތައް ދެމޭ ބަގީޗާއެއްގެ މިސާލެވެ. އެތާނގެ ކާތަކެތި އެއީ ހުސްވުމެއްނެތް މެދުކެނޑުމެއްނެތް ދާއިމީ އެއްޗެކެވެ. އަދި އެތާނގެ ހިޔަލަކީވެސް ހަމަ ދާއިމީ އެއްޗެކެވެ. އެހެނީ އަވިދޭނެ އިރެއް ނުވެއެވެ. تقوى ވެރިވީ މީހުންގެ ކިޔަމަންތެރިކަމުގެ ފަހުކޮޅުގެ ގޮވައްޗަކީ އެއީއެވެ. އަދި ކާފަރުވީ މީސްތަކުންގެ ނުކިޔަމަންތެރިކަމުގެ ފަހުކޮޅަކީ ނަރަކައެވެ.
-
13:36
وَٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَفْرَحُونَ بِمَآ أُنزِلَ إِلَيْكَ ۖ وَمِنَ ٱلْأَحْزَابِ مَن يُنكِرُ بَعْضَهُۥ ۚ قُلْ إِنَّمَآ أُمِرْتُ أَنْ أَعْبُدَ ٱللَّهَ وَلَآ أُشْرِكَ بِهِۦٓ ۚ إِلَيْهِ أَدْعُوا۟ وَإِلَيْهِ مَـَٔابِ
Wallaẓeena ʹaataynaahumul Kitaaba yafraḥoona bimaaa ʹuñzila ʹilayka wa-minal ʹaḥzaabi mañy yuñkiru baʻḍah. Q̣ul ʹinnamaaa ʹumirtu ʹan ʹaʻbudal laaha wa-laaa ʹushrika bih. ʹIlayhi ʹadʻoo wa-ʹilayhi maʹaaab.
އޭ رسول ﷲ އެވެ. ކަލޭގެފާނަށް އީމާންވީ މީހުންގެތެރެއިން ތިމަންރަސްކަލާނގެ ފޮތްދިންމީހުން އެބަހީ: (އެމީހުންގެތެރެއިން ކަލޭގެފާނަށް އީމާންވީ މީހުން) ކަލޭގެފާނަށް ބާވައިލެއްވޭ قرآن އަށް އުފާކުރެއެވެ. އަދި އެހެނިހެން ދީންދީނުގެ أهل ވެރިންގެތެރޭގައި ބާވައިލެއްވޭ ބައެއްތަކެއްޗަށް އިންކާރުކުރާމީހުންވެއެވެ. އޭ رسول ﷲ އެވެ. ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ. ތިމަންކަލޭގެފާނަށް أمر ވެވިގެންވަނީ ހަމައެކަނި ﷲ އަށް އަޅުކަންކުރުމަށެވެ. އަދި އެކަލާނގެއާއި ހަމައެކައްޗަކާވެސް شريك ނުކުރުމަށެވެ. އަދި ތިމަންކަލޭގެފާނު إخلاص ތެރިކަމާއިއެކު އަޅުކަންކުރަނީ ހަމައެކަލާނގެއަށެވެ. އަދި ތިމަންކަލޭގެފާނު އެނބުރިދާނީވެސް ހަމައެކަލާނގެ حضرة އަށެވެ.
-
13:37
وَكَذَٰلِكَ أَنزَلْنَـٰهُ حُكْمًا عَرَبِيًّا ۚ وَلَئِنِ ٱتَّبَعْتَ أَهْوَآءَهُم بَعْدَ مَا جَآءَكَ مِنَ ٱلْعِلْمِ مَا لَكَ مِنَ ٱللَّهِ مِن وَلِىٍّ وَلَا وَاقٍ
Wa-kaẓaalika ʹañzalnaahu Ḥukman ʻArabiyyaa. Wa-laʹinit tabaʻta ʹahwaaaʹahum̃ baʻdamaa jaaaʹaka minal ʻilmi maa- laka minal laahi miñw waliyyiñw walaa waaq̣.
އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނަށް ކީރިތި قرآن ބާވާތް ލެއްވިފަދައިން، ތިމަންރަސްކަލާނގެ އެފޮތް ބާވާތްލެއްވީ عرب ބަހުންވާ حكم ތަކެއްކަމުގައެވެ. (އެއީ އެފޮތާއިގެން ވަޑައިގެންނެވި رسول އާއަކީ عربى އެކެވެ. އަދި ފުރަތަމަ އެފޮތް އަހަންތިބި މައިގަނޑު މީހުންނަކީ ހަމަ عربى ންނެވެ. އެގޮތުން ފޮތުގެ مقصد حاصل ވުން އަވަސްވެފައި ފަސޭހަވާނެއެވެ.) އަދި ކަލޭގެފާނަށް علم ގެތެރެއިން ނުވަތަ وحي ގެ خبر ތަކުން މިއައި ތަކެތި އައުމަށްފަހު އެ مشرك ންގެ هوى نفس އާއި އެމީހުންގެ އަމިއްލަ އެދުމާއި ކަލޭގެފާނު تبع ވެވަޑައިގެންފިއްޔާ ﷲ ގެ حضرة ން ކަލޭގެފާނަށް އަތުވެދާނޭ ނުރައްކަލެއް دفاع ކޮށްދެއްވައި ކަލޭގެފާނު ސަލާމަތްކޮށްދޭނޭ އެއްވެސް (ސަހަރޯވެރިއެއްވެސް މަދަދުގާރެއްވެސް) ކަލޭގެފާނަކަށް ނުވާނެއެވެ.
-
13:38
وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ وَجَعَلْنَا لَهُمْ أَزْوَٰجًا وَذُرِّيَّةً ۚ وَمَا كَانَ لِرَسُولٍ أَن يَأْتِىَ بِـَٔايَةٍ إِلَّا بِإِذْنِ ٱللَّهِ ۗ لِكُلِّ أَجَلٍ كِتَابٌ
Wa-laq̣ad ʹarsalnaa rusulam miñ q̣ablika wa-jaʻalnaa lahum ʹazwaajañw waẓurriyyah: wa-maa kaana lirasoolin ʹañy yaʹtiya biʹAayatin ʹillaa biʹIẓnil laah. Likulli ʹajaliñ kitaab.
އަދި ކަލޭގެފާނުންގެ ކުރިންވެސް ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. އަދި އެބޭކަލުންނަށް އަނބީންނާއި ދަރިފަސްކޮޅުވެސް ތިމަންރަސްކަލާނގެ ލެއްވީމެވެ. (އޭގެ މާނައީ އެބޭކަލުންވެސް ލެއްވީ ހަމަ އާދަމުގެދަރިންކަމުގައެވެ. ملائكة ބޭކަލުންކަމުގައި ނުލައްވަމެވެ.) އަދި އެއްވެސް رسول ބޭކަލަކަށް ﷲ ގެ أمر ފުޅަށްމެނުވީ އެއްވެސް معجزة އެއް ގެންނެވުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. ކުޅަދާނަވާނެކަމެއްނޫނެވެ. އަދިކޮންމެކަމަކަށްވެސް ފޮތުގައި ލިއުމެއްވެއެވެ. އެއީ ﷲ ގެ قضاء قدر ނިޔާކުރައްވާފައިވާ ގޮތެވެ.
-
13:39
يَمْحُوا۟ ٱللَّهُ مَا يَشَآءُ وَيُثْبِتُ ۖ وَعِندَهُۥٓ أُمُّ ٱلْكِتَـٰبِ
Yamḥul laahu maa- yashaaaʹu wa-yus̤bitu ʻiñdahooo ʹummul Kitaab.
އަދި އެފޮތުގައި ﷲ އެދިވޮޑިގަންނަވާ އެއްޗެއް ސާބިތުކުރައްވައި އެދިވޮޑިގަންނަވާ އެއްޗެއް ނެތިކުރައްވައި ބަދަލުކުރައްވައި ހައްދަވައެވެ. އަދި ފޮތުގެ أصل އާއި މައިގަނޑުވަނީ އެކަލާނގެ حضرة ގައެވެ. އެއީ لَوحُ المَحْفُوظ އެވެ. އަދި އެއީ حلال އާއި حرام ކަމުގައި ބައެއްބޭކަލުން بيان ކުރައްވާފައިވެއެވެ. والله أعلم.
-
13:40
وَإِن مَّا نُرِيَنَّكَ بَعْضَ ٱلَّذِى نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِنَّمَا عَلَيْكَ ٱلْبَلَـٰغُ وَعَلَيْنَا ٱلْحِسَابُ
Wa-ʹim maa nuriyannaka baʻḍal laẓee naʻiduhum ʹaw natawaffayannaka faʹinnamaa ʻalaykal balaag̣u wa-ʻalaynal ḥisaab.
އޭ رسول ﷲ އެވެ! އެ مشرك ންނަށް ތިމަންރަސްކަލާނގެ ދެއްވާނެކަމަށް وعد ކުރެއްވި ބައެއްތަކެތި عقوبة އާއި عذاب ހަމަކަށަވަރުން ކަލޭގެފާނަށް ދައްކަވާހުށީމެވެ. ނުވަތަ އެހެންޏާ އޭގެކުރިން ކަލޭގެފާނު މަރުގަންނަވާ ހުރީމެވެ. ފަހެ ކަލޭގެފާނުންގެ މައްޗަށް واجب ވެގެންވާކަންކަށަވަރީ رسول ކަން އިއްވައިދެއްވުމެވެ. އެމީހުންނާއިމެދު ހިސާބު ބެއްލެވުން (އަދި ޖަޒާދެއްވުން) އޮންނާނީ ތިމަންރަސްކަލާނގެއަށެވެ.
-
13:41
أَوَلَمْ يَرَوْا۟ أَنَّا نَأْتِى ٱلْأَرْضَ نَنقُصُهَا مِنْ أَطْرَافِهَا ۚ وَٱللَّهُ يَحْكُمُ لَا مُعَقِّبَ لِحُكْمِهِۦ ۚ وَهُوَ سَرِيعُ ٱلْحِسَابِ
ʹAwalam yaraw ʹannaa naʹtil ʹarḍa nañq̣uṣuhaa min ʹaṭraafihaa? Wallaahu yaḥkumu laa- muʻaq̣q̣iba li-Ḥukmih: wa-Huwa Sareeʻul ḥisaab.
ހަމަކަށަވަރުން ތިމަންރަސްކަލާނގެ ބިންގަނޑު އެކިފަރާތުން މަދުކުރައްވާ އުނިކުރައްވާކަން އެމީހުންނަށް އެބަހީ: مكّة ގެ مشرك ންނަށް ފަހެ ނޭނގޭބާވައެވެ. އަދި މިހާރު ތިބި مشرك ންނަށްވެސް އެނގެންވާނެއެވެ. (އިހަށްދުވަހު އެދިޔައީ އިންޑޮނޭޝިޔާގެ ބައެކެވެ. އޭގެކުރިން އެހެން ރަށެއްގެ ބައެކެވެ. މާދަމާ އަނެއް ރަށަކުންނެވެ. ދިވެހިރާއްޖޭގެ ރަށްރަށުންވެސް އެފަދައެވެ. އަދި ﷲ އެކަލާނގެ އެދިވޮޑިގަންނަވާފަދައަކުން حكم ކުރައްވައެވެ. ބޭނުންވެވޮޑިގަންނަވާ ގޮތަކަށް ކަންތައް ގެންނަވައެވެ. އަދި އޭރުން ސުނާމީގެ އިޝާރާތް ބަލާ މީޓަރުތައް ދާނީ ހަމަ ވަތަކުތޯޖަހާފައެވެ. އަދި އެކަލާނގެ އެކުރައްވާ حكم އަކާމެދު إعتراض އެއް ކޮށްލާ އެ حكم އަނބުރާ ގެންދެވޭނެ އެކަކުވެސް ނުވެއެވެ. އަދި އެކަލާނގެއީ قيامة ދުވަހުން އަޅުތަކުންނަށް حساب ބެއްލެވުން އަވަސްވެވޮޑިގެންވާ ކަލާނގެއެވެ.
-
13:42
وَقَدْ مَكَرَ ٱلَّذِينَ مِن قَبْلِهِمْ فَلِلَّهِ ٱلْمَكْرُ جَمِيعًا ۖ يَعْلَمُ مَا تَكْسِبُ كُلُّ نَفْسٍ ۗ وَسَيَعْلَمُ ٱلْكُفَّـٰرُ لِمَنْ عُقْبَى ٱلدَّارِ
Wa-q̣ad makaral laẓeena miñ q̣ablihim falillaahil makru jameeʻaa. Yaʻlamu maa- taksibu kullu nafs: wa-sayaʻlamul kuffaaru liman ʻUq̣bad Daar.
އަދި އެ كافر ންވެސް އެބަހީ: އިސްވެދިޔަ أمّة ތަކުގައިތިބި ކާފަރުންވެސް އެމީހުންގެ رسول ންނާމެދު مكر ހަދާ ނުބައިގޮތް ރޭވިއެވެ. އަދި އެންމެހައި مكر އެއް خاصّ ވެގެންވަނީ ﷲ އަށެވެ. އެބަހީ: އެންމެހައި ހަރުދަނާ ރޭވުމެއް ވަނީ ﷲ އަށެވެ. ކޮންމެ نفس އެއްވެސް އެހޯދައިގަތް އެއްޗެއް ނުވަތަ ކުރިއްޔާ ކުރި عمل އެއް އެކަލާނގެ ދެނެވޮޑިގަންނަވައެވެ. އަދި آخرة ގައި ހެވާ ނުބައި ވަނީ ކޮންބަޔަކަށްކަން ނިކަން ހުރެ އެކާފަރުންނަށް އެނގިދާނެއެވެ. އެއީ ހެޔޮލަފާ މީހުން ސުވަރުގެއަށްގޮސް ނުބައި ނުލަފާމީހުން ނަރަކައަށް ވަނީމައެވެ.
-
13:43
وَيَقُولُ ٱلَّذِينَ كَفَرُوا۟ لَسْتَ مُرْسَلًا ۚ قُلْ كَفَىٰ بِٱللَّهِ شَهِيدًۢا بَيْنِى وَبَيْنَكُمْ وَمَنْ عِندَهُۥ عِلْمُ ٱلْكِتَـٰبِ
Wa-yaq̣oolul laẓeena kafaroo lasta mursalaa. Q̣ul kafaa billaahi shaheedam baynee wa-baynakum wa-man ʻiñdahoo ʻilmul Kitaab.
އޭ رسول ﷲ އެވެ! އަދި ކާފަރުންގެމީހުން ބުނެއެވެ. ކަލޭގެފާނަކީ ފޮނުއްވިގެންވާ ބޭކަލެއްކަމުގައި ނުވެއެވެ. رسول ބޭކަލެއްނޫނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންނާއި ކަލޭމެނާދެމެދުގެ ހެކިވެރިޔަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ. (އަހުރެންނަކީ رسول ބޭކަލެއްކަމަށް އެކަލާނގެ ހެކިވެވޮޑިގަންނަވާނެއެވެ.) އަދި عبد ﷲ بن سلام ކަހަލަ އެމީހެއްގެ ކިބައިގައި تَورَاةُ ފަދަބާވާތްލެއްވި ފޮތުގެ علم ވާ ކޮންމެ މީހަކުވެސް ހެކިވާނެއެވެ.
Surah IbrahimBegins here at 14:1
-
14:1
الٓر ۚ كِتَـٰبٌ أَنزَلْنَـٰهُ إِلَيْكَ لِتُخْرِجَ ٱلنَّاسَ مِنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ بِإِذْنِ رَبِّهِمْ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ
ʹAlif-Laaam-Raa. Kitaabun ʹañzalnaahu ʹilayka litukhrijan naasa minaz̤̣ z̤̣ulumaati ʹilan Noori― biʹiẓni Rabbihim ʹilaa Ṣiraaṭil ʻAzeezil Ḥameed!―
ބައެއް ސޫރަތް ފެށޭތަންތާ އެހުންނަ ވަކިއަކުރުގެ މުރާދެއް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. އަޅުތަކުންނަށް އޭގެ މާނަތައް ފުރިހަމައަށް އަންގަވާފައި ނުވާތީ مفسّر ންނާއި عالم ންނަށްވެސް ވަނީ خيال އާއި ލަފާއެވެ. މިސޫރަތް ފެށޭތާވެސް މިއީ ހަމަ އެމޭރުމުންވާ އަކުރުތަކެކެވެ. والله أعلم. (އޭ رسول ﷲ އެވެ!) މި قرآن އަކީ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލައްވާ ފޮތެކެވެ. (ކާފަރުކަމާއި މަގުފުރެދުމާއި جاهل ކަމުގެ އަނދިރިކަމުގެ ތެރެއިން) ކަލޭގެފާނު މީސްތަކުން ނެރުއްވައި އީމާންކަމާއި ތެދުމަގާއި علم ގެ އަލިކަމުގެތެރެއަށް އެމީހުން ވެއްދުމަށެވެ. އެއީ عزّة ވަންތަ އަދި حمد އާއި تعريف ލިބިވޮޑިގެންވާ ކަލާނގެ ކަނޑައަޅުއްވާފައި شريعة ގެ މަގަށް އެބައިމީހުންގެ ربّ ގެ އިޒުނަފުޅަށް މަގުދެއްކެވުމަށެވެ.
-
14:2
ٱللَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَوَيْلٌ لِّلْكَـٰفِرِينَ مِنْ عَذَابٍ شَدِيدٍ
ʹAllaahil laẓee lahoo maa- fis samaawaati wa-maa fil ʹarḍ! Wa-waylul lilkaafireena min ʻaẓaabiñ shadeed!
ﷲ އެއީ عزّة ވަންތަ އަދި حمد ލިބިވޮޑިގެންވާ ކަލާނގެއެވެ. އެއީ އުޑުތަކާއި ބިމުގައިވާހާ ތަކެތި އެކަލާނގެއަށް މިލްކުވެވޮޑިގެންވާ ކަލާނގެއެވެ. އަދި އެކަލާނގެއަށް ކާފަރުވެއްޖެ ބަޔަކަށް ގަދަވެގެންވާ عذاب ގެ وَيْلُ ހުއްޓެވެ. (وَيْلُ އަކީ ނަރަކަވަންތަވެރިން ގައިން އޮހޭ ދޮހާއި ފާދިޔައިގެ وَادى އެއްކަމުގައި ބުނެވެއެވެ. ނުވަތަ ގަދަހޫނުގެ وَادى އެއްކަމުގައި ބުނެވުނެވެ.) والله أعلم.
-
14:3
ٱلَّذِينَ يَسْتَحِبُّونَ ٱلْحَيَوٰةَ ٱلدُّنْيَا عَلَى ٱلْـَٔاخِرَةِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبْغُونَهَا عِوَجًا ۚ أُو۟لَـٰٓئِكَ فِى ضَلَـٰلٍۭ بَعِيدٍ
ʹAllaẓeena yastaḥibboonal ḥayaatad dunyaa ʻalal ʹAakhirati wa-yaṣuddoona ʻañ sabeelil laahi wa-yabg̣oonahaa ʻiwajaa: ʹUlaaaʹika fee ḍalaalim baʻeed.
މިދެންނެވި ކާފަރުންނަކީ آخرة ގެ حياة ގެމައްޗަށް ދުނިޔޭގެ حياة އިސްކޮށް އެއަށް ލޯބިކުރާ މީހުންނެވެ. އަދި މީސްތަކުންނަށް ﷲ ގެ މަގު (އެކަލާނގެ دين) ބަންދުކޮށް އެދީނަށް ވަންނަން އެދޭމީހުންނަށް -އަދި އެދީނަށް އުޅެންއެދޭ މީހުންނަށް - އެކަން މަނާކުރާމީހުންނެވެ. އަދި އެމީހުންނަކީ ﷲ ގެ ދީން ބަދަލުކޮށް ހުއްދަނޫންގޮތްގޮތަށް تَأوِيل ކޮށް އެދީން ގުދުކުރަން އެދޭމީހުންނެވެ. ކަނޑައެޅިގެން އެމީހުން އެވަނީ ދުރުވެގެންވާ މަގުފުރެދުމެއްގައެވެ.
-
14:4
وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا بِلِسَانِ قَوْمِهِۦ لِيُبَيِّنَ لَهُمْ ۖ فَيُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
Wa-maaa ʹarsalnaa mir rasoolin ʹillaa bilisaani q̣awmihee liyubayyina Lahum. Fayuḍillul laahu mañy yashaaaʹu wa-yahdee mañy yashaaaʹ: wa-Huwal ʻAzeezul Ḥakeem.
އަދި ތިމަންރަސްކަލާނގެ އެއްވެސް رسول ބޭކަލެއް އެބޭކަލެއްގެ قوم ގެ މީހުން ވާހަކަދައްކާ ބަހުންމެނުވީ رسول ކަމާއިގެން ނުފޮނުއްވަމެވެ. (ކޮންމެ ބޭކަލަކުވެސް އެބޭކަލެއްގެ رسول ކަން އިއްވަވަނީ އެބޭކަލަކު އެފޮނުއްވުނު ރަށެއްގެބަޔަކު ވާހަކަ ދައްކާ ބަހުންނެވެ.) އެއީ އެބޭކަލަކު އެ قوم ގެ މީހުންނަށް ބަޔާންކޮށްދެއްވުމަށެވެ. ދެން އަދި އެބައިމީހުން ރަނގަޅަށް ވިސްނާ ހެދުމަށެވެ. ދެންފަހެ ﷲ އެ އެދިވޮޑިގަންނަވާއަޅަކު މަގުފުރައްދަވައި އަދި އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ތެދުމަގު ދައްކަވައެވެ. އަދި އެކަލާނގެއީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.
-
14:5
وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَـٰتِنَآ أَنْ أَخْرِجْ قَوْمَكَ مِنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ وَذَكِّرْهُم بِأَيَّىٰمِ ٱللَّهِ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّكُلِّ صَبَّارٍ شَكُورٍ
wa-laq̣ad ʹarsalnaa Moosaa biʹAayaatinaaa ʹan ʹakhrij q̣awmaka minaz̤̣ z̤̣ulumaati ʹilan Noori, waẓakkirhum̃ biʹAyyaamil laah. ʹInna fee ẓaalika laʹAayaatil likulli ṣabbaariñ shakoor.
އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ دليل ތަކާއި معجزة ތަކާއިއެކު موسى (عليه السّلام) އެކަލޭގެފާނުންގެ قوم އަށް رسول ކަމާއިގެން ފޮނުއްވީމެވެ. (އަދި އެކަލޭގެފާނަށް އެންގެވީމެވެ.) ކާފަރުކަމާއި جاهل ކަމުގެ އަނދިރިން ކަލޭގެފާނުންގެ أمّة ނެރުއްވާށެވެ! އަދި إيمان ކަމާއި علم ގެ އަލިކަމުގެ ތެރެއަށް އެމީހުން ވައްދަވާށެވެ! އަދި ﷲ ގެ އެކިއެކި واقعة ތަކާއި مصيبة ތައް އެމީހުންނަށް ހަނދާންކޮށްދެއްވާށެވެ! (އިސްވެދިޔަ أمّة ތަކަށް ދިމާވި ކަންތައްތައް އެމީހުންނަށް ކިޔައިދެއްވާށެވެ! ހަމަކަށަވަރުންވެސް އެކަންކަމުގައި ކެތްތެރިވުން ގިނަ އަދި ގިނަގިނައިން شكر ކުރާބަޔަކަށް (ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) ދަލީލުތަކާއި حجّة ތައްވެއެވެ.
-
14:6
وَإِذْ قَالَ مُوسَىٰ لِقَوْمِهِ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ أَنجَىٰكُم مِّنْ ءَالِ فِرْعَوْنَ يَسُومُونَكُمْ سُوٓءَ ٱلْعَذَابِ وَيُذَبِّحُونَ أَبْنَآءَكُمْ وَيَسْتَحْيُونَ نِسَآءَكُمْ ۚ وَفِى ذَٰلِكُم بَلَآءٌ مِّن رَّبِّكُمْ عَظِيمٌ
Wa-ʹiẓ q̣aala Moosaa liq̣awmihiẓ kuroo niʻmatal laahi ʻalaykum ʹiẓ ʹañjaakum min ʹAali Firʻawna yasoomoonakum soooʹal ʻaẓaabi wa-yuẓabbiḥoona ʹabnaaaʹakum wa-yastaḥyoona nisaaʹakum: wa-fee ẓaalikum balaaaʹum mir Rabbikum ʻaz̤̣eem.
އަދި موسى (عليه السّلام) އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންގެމައްޗަށް ﷲ ލެއްވި (ބޮޑު) نعمة ކަލޭމެން ހަނދާންކުރާށެވެ! އެއީ فرعون ގެ آل ންގެ ކިބައިން އެކަލާނގެ ކަލޭމެން ސަލާމަތްކުރެއްވިހިނދުއެވެ. އެ فرعون ގެ މީހުން ކަލޭމެންނަށް عذاب ގެ ނުބައިކަމުގެ ރަހަދައްކާހެދިއެވެ. ބޮޑެތި تكليف ތައްވެސް ޖައްސާހެދީއެވެ. އަދި އެމީހުން ކަލޭމެންގެ ފިރިހެންދަރިން މަރައި އަދި ކަލޭމެންގެ އަންހެންދަރިން ނުމަރައި ދޫކުރިއެވެ. (ޝައްކެތްވެސްނެތްގޮތުގައި) އެކަމުގައި ކަލޭމެނަށް ކަލޭމެންގެ ربّ ގެ حَضْرَةُ ން ބޮޑުވެގެންވާ إمتحان އެއްވެއެވެ.
-
14:7
وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِى لَشَدِيدٌ
Wa-ʹiẓ taʹaẓẓana Rabbukum laʹiñ shakartum laʹazeedannakum wa-laʹiñ kafartum ʹinna ʻaẓaabee lashadeed.
އަދި ކަލޭމެންގެ ربّ ކަލޭމެންނަށް އަންގަވާ إعلان ކުރެއްވިހިނދު ހަނދާންކުރާށެވެ! (އެކަލާނގެ އެންގެވިއެވެ.) ކަލޭމެން ތިމަންރަސްކަލާނގެ نعمة އަށް شكر ކުރިއްޔާ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެނަށް نعمة އިތުރުކޮށްދެއްވާހުށީމެވެ. (نعمة އަށް ޝުކުރު ކުރުމުގެ އެންމެމަތީ ކަމަކީ ކިޔަމަންތެރިވުމެވެ.) އަދި ކަލޭމެން ކާފަރުވެއްޖެއްޔާ (عذاب ދެއްވާހުށީމެވެ.) ހަމަކަށަވަރުން ތިމަންރަސްކަލާނގެ عذاب ގަދަވެގެންވެއެވެ.
-
14:8
وَقَالَ مُوسَىٰٓ إِن تَكْفُرُوٓا۟ أَنتُمْ وَمَن فِى ٱلْأَرْضِ جَمِيعًا فَإِنَّ ٱللَّهَ لَغَنِىٌّ حَمِيدٌ
Wa-q̣aala Moosaaa ʹiñ takfurooo ʹañtum wa-mañ fil ʹarḍi jameeʻañ faʹinnal laaha la-G̣aniyyun Ḥameed.
އަދި موسى (عليه السّلام) ވިދާޅުވިއެވެ. ކަލޭމެންނާއި އަދި ބިންމަތީގައިވާ އެންމެން ކާފަރުވިޔަސް (އެކަމުން ﷲ އަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ އަމިއްލަ ذات ފުޅާއިގެން ފުދިވޮޑިގެންވާ އަދި (އެކަލާނގެ ހިންގަވާ ކަންތަކަށް) حمد އާއި تعريف ލިބިވޮޑިގެންވާ ކަލާނގެއެވެ.
-
14:9
أَلَمْ يَأْتِكُمْ نَبَؤُا۟ ٱلَّذِينَ مِن قَبْلِكُمْ قَوْمِ نُوحٍ وَعَادٍ وَثَمُودَ ۛ وَٱلَّذِينَ مِنۢ بَعْدِهِمْ ۛ لَا يَعْلَمُهُمْ إِلَّا ٱللَّهُ ۚ جَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ فَرَدُّوٓا۟ أَيْدِيَهُمْ فِىٓ أَفْوَٰهِهِمْ وَقَالُوٓا۟ إِنَّا كَفَرْنَا بِمَآ أُرْسِلْتُم بِهِۦ وَإِنَّا لَفِى شَكٍّ مِّمَّا تَدْعُونَنَآ إِلَيْهِ مُرِيبٍ
ʹAlam yaʹtikum nabaʹul laẓeena miñ q̣ablikum Q̣awmi Nooḥiñw waʻAadiñw wa-S̤amooda wallaẓeena mim baʻdihim? Laa- yaʻlamuhum ʹillallaah. Jaaaʹat hum rusuluhum bilbayyinaati faraddooo ʹaydiyahum feee ʹafwaahihim wa-q̣aalooo ʹinnaa kafarnaa bimaaa ʹursiltum̃ bihee wa-ʹinnaa lafee shakkim mimmaa tadʻoonanaaa ʹilayhi mureeb.
ކަލޭމެންގެ ކުރީގެ މީހުންގެ خبر ކަލޭމެނަކަށް ނުލިބޭހެއްޔެވެ؟ (އޭގެ މުރާދަކީ ލިބިފައިވާނެއެވެ.) އެއީ نوح عليه السّلام ގެ قوم އާއި عَاد ބާގައިގެމީހުންނާއި ثمود ބާގައިގެމީހުންނާއި އަދި އެމީސްމީހުންގެ ފަހުން ދެން އައި މީސްމީހުންނެވެ. އެމީހުންގެ عدد އާއި މިންވަރު ﷲ ނޫން ފަރާތަކަށް ނޭނގެއެވެ. އެމީހުންގެ ގާތަށް އެމީހުންގެ رسول ން ބަޔާންވެގެންވާ دليل ތަކާއިގެން ވަޑައިގެންނެވިއެވެ. (އަދި އެބޭބޭކަލުންގެ رسول ކަން އެ أمّة ތަކަށް އިއްވެވުމުން) އެ أمّة ތަކުގެ ކާފަރުންތައް ރުޅިއައިސްގެން އެމީހުންގެ އަނގަތަކުގައި އަތްތައްއެޅިއެވެ. (އިނގިލިތަކުގައި ދައިގަތެވެ.) އަދި އެމީހުން ބުންޏެވެ. ތިޔަބޭކަލުން އެއެއްޗަކާއިގެން ފޮނުވުނު ތަކެއްޗަށް އަހުރެމެން މިވަނީ ކާފަރުވެގެންނެވެ. އަދި ތިޔަބޭކަލުން އެކަމެއްގެ ފަރާތަށް އަހުރެމެންނަށް ތިޔަގޮވާލައްވާ ކަންތަކާމެދު ހަމަކަށަވަރުން އަހުރެމެން މިވަނީ ޝައްކެއްގައެވެ. އަހުރެމެންނަކީ އެކަމަށް ޝައްކުކުރާ ބަޔަކީމެވެ.
-
14:10
۞ قَالَتْ رُسُلُهُمْ أَفِى ٱللَّهِ شَكٌّ فَاطِرِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ يَدْعُوكُمْ لِيَغْفِرَ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرَكُمْ إِلَىٰٓ أَجَلٍ مُّسَمًّى ۚ قَالُوٓا۟ إِنْ أَنتُمْ إِلَّا بَشَرٌ مِّثْلُنَا تُرِيدُونَ أَن تَصُدُّونَا عَمَّا كَانَ يَعْبُدُ ءَابَآؤُنَا فَأْتُونَا بِسُلْطَـٰنٍ مُّبِينٍ
Q̣aalat rusuluhum ʹafil laahi shakkuñ Faaṭiris samaawaati wal-ʹarḍ? Yadʻookum liyag̣fira lakum miñ ẓunoobikum wa-yuʹakhkhirakum ʹilaaa ʹajalim musammaa! Q̣aalooo ʹin ʹañtum ʹillaa basharum mis̤lunaa! Tureedoona ʹañ taṣuddoonaa ʻammaa kaana yaʻbudu ʹaabaaaʹunaa faʹtoonaa bisulṭaanim mubeen.
އެމީހުންގެ رسول ން އެމީހުންނަށް ވިދާޅުވިއެވެ. ﷲ އާއިމެދު އެއްވެސް ޝައްކެއްވޭހެއްޔެވެ؟ (އެއީ حقّ إله ކަމާމެދު އޮޅުމެއްވޭހެއްޔެވެ؟) އެއީ އުޑުތަކާއި ބިން ނެތުމުގެ ތެރެއިން ހެއްދެވި ކަލާނގެއެވެ. އެކަލާނގެ ކަލޭމެންނަށް ގޮވާލައްވަނީއެވެ. (އެކަލާނގެ އެއްކައުވަންތަކަން قبول ކުރުމަށާއި އެކަލާނގެއަށް ކިޔަމަންތެރިވުމަށެވެ.) އޭރުން އެކަލާނގެ ކަލޭމެންގެ ފާފައިގެތެރެއިން ފުއްސަވާނެތެވެ. އަދި ކަނޑައެޅި އެނގިގެންވާ ވަގުތަކަށް (އެބަހީ: قيامة ދުވަހަށް) އެކަލާނގެ ކަލޭމެން ފަސްކުރައްވާހުއްޓެވެ. އެމީހުން ދެންނެވިއެވެ. ތިޔަބޭކަލުންނަކީވެސް ހަމަ އަހުރެމެންފަދަ آدم ގެ ދަރިބަޔަކުކަމުގައި މެނުވީ ނުވެއެވެ. (ملائكة ބޭކަލުންނެއްނޫނެވެ.) ތިޔަބޭކަލުން ތިޔައެދިވަޑައިގަންނަވަނީ އަހުރެމެންގެ ކާބަފައިން އަޅުކަންކުރިތަކެތީން (ބުދުތަކުން) އަހުރެމެން ދުރުކޮށް އެކަން މަނާކުރައްވާށެވެ. ފަހެ (ތިޔަބޭކަލުން ތިޔަވިދާޅުވާ އެއްޗެއް ތެދުކަމުގެމައްޗަށް بيان ވެގެންވާ دليل އަހުރެމެންނަށް ނިކަން ގެނަސްދީބަލާށެވެ!)
-
14:11
قَالَتْ لَهُمْ رُسُلُهُمْ إِن نَّحْنُ إِلَّا بَشَرٌ مِّثْلُكُمْ وَلَـٰكِنَّ ٱللَّهَ يَمُنُّ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ ۖ وَمَا كَانَ لَنَآ أَن نَّأْتِيَكُم بِسُلْطَـٰنٍ إِلَّا بِإِذْنِ ٱللَّهِ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ
Q̣aalat lahum rusuluhum ʹin naḥnu ʹillaa basharum mis̤lukum wa-laakinnal laaha yamunnu ʻalaa mañy yashaaaʹu min ʻibaadih. Wa-maa kaana lanaaa ʹan naʹtiyakum̃ bisulṭaanin ʹillaa biʹiẓnil laah. Wa-ʻalal laahi falyatawakkalil Muʹminoon.
އެމީހުންގެ رسول ބޭކަލުން އެމީހުންނަށް ވިދާޅުވިއެވެ. (ކަލޭމެން ތިޔަބުނާގޮތަށް) ކަލޭމެންކަހަލަ آدم ގެދަރިން ކަމުގައިމެނުވީ އަހުރެމެން ނުވެއެވެ. އަދި އެހެންނަމަވެސް ﷲ تعالى އެކަލާނގެ އަޅުންކުރެ އެކަލާނގެ އެދިވޮޑިގަންނަވާ އަޅެއްގެމައްޗަށް ދީލަތިވެވޮޑިގަންނަވައި حقّ މަގަށް توفيق ދެއްވައެވެ. އަދި ﷲ ގެ އިޒުނަފުޅަށް މެނުވީ އެއްވެސް دليل އެއް حجّة އެއް އަދި معجزة އެއް ގެނަސްގަތުމަކީ އަހުރެމެންނަށް އެކަށީގެންވާކަމެއްނޫނެވެ. ވާނޭކަމެއްނޫނެވެ. ފަހެ مؤمن ން ހަމައެކަނި ﷲ އަށް އިތުބާރުކޮށް وكيل ކުރާހުށިކަމެވެ!
-
14:12
وَمَا لَنَآ أَلَّا نَتَوَكَّلَ عَلَى ٱللَّهِ وَقَدْ هَدَىٰنَا سُبُلَنَا ۚ وَلَنَصْبِرَنَّ عَلَىٰ مَآ ءَاذَيْتُمُونَا ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُتَوَكِّلُونَ
Wa-maa lanaaa ʹallaa natawakkala ʻalal laahi wa-q̣ad hadaanaa Subulanaa. Wa-lanaṣbiranna ʻalaa maaa ʹaaẓaytumoonaa. Wa-ʻalal laahi falyatawakkalil Mutawakkiloon.
އަދި އަހުރެމެން ﷲ އަށް وكيل ކޮށް އިތުބާރު ނުކުރާންވީ ކީއްވެގެންހެއްޔެވެ؟ އެހެނީ ހަމަކަށަވަރުން އަހުރެމެންނަށް އަހުރެމެން ސަލާމަތްވާނޭ މަގުދެއްކެވީ އެކަލާނގެއެވެ. އަދި ހަމަކަށަވަރުން ކަލޭމެން (ކާފަރުންނާއި مشرك ންގެފަރާތުން) އަހުރެމެންނަށް ކުރާ އުނދަގޫތަކަށް ހަމަކަށަވަރުން އަހުރެމެން ކެތްކުރާހުށީމެވެ. އަދި وكيل ކޮށް އިތުބާރުކުރާމީހުން ހަމައެކަނި ﷲ އަށް وكيل ކޮށް ބަރޯސާކުރާހުށިކަމެވެ!
-
14:13
وَقَالَ ٱلَّذِينَ كَفَرُوا۟ لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَآ أَوْ لَتَعُودُنَّ فِى مِلَّتِنَا ۖ فَأَوْحَىٰٓ إِلَيْهِمْ رَبُّهُمْ لَنُهْلِكَنَّ ٱلظَّـٰلِمِينَ
Wa-q̣aalal laẓeena kafaroo lirusulihim lanukhrijannakum min ʹarḍinaaa ʹaw lataʻoodunna fee millatinaa. Faʹawḥaaa ʹilayhim Rabbuhum lanuhlikannaz̤̣ z̤̣aalimeen!
އަދި ކާފަރުންގެ މީހުން އެމީހުންގެ رسول ންނަށް ދެންނެވިއެވެ. ހަމަކަށަވަރުން އަހުރެމެންގެ ބިމުން ތިޔަބޭކަލުން ނެރެލާހުށީމެވެ. ނޫނީވިއްޔާ އަހުރެމެންގެ ދީނަށް ތިޔަބޭކަލުން ވައްދާހުށީމެވެ. ދެންފަހެ އެބޭކަލުންގެ ربّ އެބޭކަލުންނަށް وحي ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އަނިޔާވެރިން - مشرك ން - ހަލާކުކުރައްވާހުށީމެވެ.
-
14:14
وَلَنُسْكِنَنَّكُمُ ٱلْأَرْضَ مِنۢ بَعْدِهِمْ ۚ ذَٰلِكَ لِمَنْ خَافَ مَقَامِى وَخَافَ وَعِيدِ
Wa-lanuskinan-nakumul ʹarḍa mim baʻdihim. Ẓaalika liman khaafa Maq̣aamee wa-khaafa waʻeed.
އަދި ހަމަކަށަވަރުން އެމީހުން ހަލާކުކުރެއްވުމަށްފަހު ބިމުގައި ތިމަންރަސްކަލާނގެ ތިޔަބޭކަލުން ހަމަޖައްސަވައިދެއްވާ ވަޒަންވެރިކޮށްދެއްވާ ހުރީމެވެ. އެގޮތަށް އެކަންކަން ތިމަންރަސްކަލާނގެ ހަމަޖައްސަވައިދެއްވަނީ ތިމަންރަސްކަލާނގެ حضرة ގައި ހުއްޓިހުންނަންޖެހޭ مقام އަށް ބިރުވެތިވާ މީހުންނަށެވެ. އަދި ތިމަންރަސްކަލާނގެ عذاب އާއި ކޯފާގެ ބަސްފުޅުތަކަށް ބިރުވެތިވާ އަޅުންނަށެވެ.
-
14:15
وَٱسْتَفْتَحُوا۟ وَخَابَ كُلُّ جَبَّارٍ عَنِيدٍ
wastaftaḥoo wa-khaaba kullu jabbaarin ʻaneed;
އަދި އެ رسولُ ބޭކަލުން ﷲ تعالى ގެ حضرة ން އެކާފަރުންގެމައްޗަށް نصر އަށް އެދިވަޑައިގެންނެވިއެވެ. އަދި ކޮންމެ ބޮޑާ ނުކިޔަމަންތެރި ދެކޮޅުވެރިއަކު ގެއްލި ހަލާކުވިއެވެ.
-
14:16
مِّن وَرَآئِهِۦ جَهَنَّمُ وَيُسْقَىٰ مِن مَّآءٍ صَدِيدٍ
Miñw waraaaʹihee Jahannamu wa-yusq̣aa mim maaaʹiñ ṣadeed.
އަދި އެއިން ކޮންމެ جبّار ނުބައިމީހެއްގެ ކުރިމަތީގައިވަނީ ނަރަކައެވެ. އެތާނގެ ގަދަ عذاب އެވެ. އަދި އޭނާއަށް صديد ބޯންދެވޭނެއެވެ. (އެއީ ކާފަރުން އެތެރެހަށިން ނުކުންނަ ދިޔަވަރަކާއި އެކުވެފައިވާ ދޮހާއި ލެއެވެ. އަދި އެހެންގޮތްގޮތަށްވެސް ބުނެވިފައިވެއެވެ. والله أعلم (ﷲم أجرنا من ذالك)
-
14:17
يَتَجَرَّعُهُۥ وَلَا يَكَادُ يُسِيغُهُۥ وَيَأْتِيهِ ٱلْمَوْتُ مِن كُلِّ مَكَانٍ وَمَا هُوَ بِمَيِّتٍ ۖ وَمِن وَرَآئِهِۦ عَذَابٌ غَلِيظٌ
Yatajarraʻuhoo wa-laa yakaadu yuseeg̣uhoo wayaʹteehil mawtu miñ kulli makaaniñw wamaa huwa bimayyit: wa-miñw waraaaʹihee ʻaẓaabun g̣aleez̤̣.
އޭނާ އޭތި ބޯން އަނގައަށް އަޅާނެއެވެ. (އޭގެ ނުބައިކަމާއި ހިތިކަމުން) ދިރުވައިލުން ގާތްވެގެން ނުވާނެއެވެ. އެކަމަކު ބޯނެއެވެ. އަދި ހުރިހާ ދިމާއަކުން އޭނާއަށް މަރުއަންނާނެއެވެ. އެބަހީ: މަރުވާހާ އުދަނގޫތައް ވާނެއެވެ. އެކަމަކު އޭނާ މަރުނުވާނެއެވެ. އަދި އެ عذاب ގެ ފަހުގައި ދެންއޮތީ އަދި ގަދަވެގެންވާ عذاب އެވެ. نعوذ با للّه.
-
14:18
مَّثَلُ ٱلَّذِينَ كَفَرُوا۟ بِرَبِّهِمْ ۖ أَعْمَـٰلُهُمْ كَرَمَادٍ ٱشْتَدَّتْ بِهِ ٱلرِّيحُ فِى يَوْمٍ عَاصِفٍ ۖ لَّا يَقْدِرُونَ مِمَّا كَسَبُوا۟ عَلَىٰ شَىْءٍ ۚ ذَٰلِكَ هُوَ ٱلضَّلَـٰلُ ٱلْبَعِيدُ
Mas̤alul laẓeena kafaroo bi-Rabbihim ʹaʻmaaluhum karamaadinish taddat bihir reeḥu fee yawmin ʻaaṣif: laa- yaq̣diroona mimmaa kasaboo ʻalaa shayʹ: ẓaalika huwaḍ ḍalaalul baʻeed.
އެބައިމީހުން އެބައިމީހުންގެ ربّ އަށް ކާފަރުވީމީހުން ކުރި عمل ގެ މިސާލަކީ އަޅީގެ މިސާލެވެ. ވައިބާރު ދުވަހެއްގައި ވައި އައިސް އެއަޅިތައް ބުރުއްސައިލާ އަދި އެތާ އެކައްޗެއްވެސް ނެތި ސާފުވެގެންދިޔަ އަޅީގެ މިސާލެވެ. އެމީހުން ދުނިޔޭގައި ކުރި عمل ން އެމީހުންނަށް އެއްވެސްކަމެއް ކުޅަދާނަ ނުވާނެއެވެ. (އޭގައި އެއްވެސް ثواب އެއް ދަރުމައެއް آخرة ދުވަހުން ނުވާނެއެވެ.) ދުރުވެގެންވާ މަގުފުރެދުމަކީ އެއީއެވެ. އެއަޅިކޮޅުގެ މިސާލެވެ.
-
14:19
أَلَمْ تَرَ أَنَّ ٱللَّهَ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۚ إِن يَشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍ جَدِيدٍ
ʹAlam tara ʹannal laaha khalaq̣as samaawaati wal-ʹarḍa bil-Ḥaq̣q̣? ʹIñy yashaʹ yuẓhibkum wa-yaʹti bikhalq̣iñ jadeed.
(އޭ رسول ﷲ އެވެ!) ހަމަކަށަވަރުން حقّ ގޮތުގައި ﷲ تعالى އުޑުތަކާއި ބިންހައްދަވާފައިވާކަން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ (އެކަން ރަނގަޅަށް ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެއެވެ.) އެކަލާނގެ އެދިވޮޑިގަންނަވާނަމަ އެކަލާނގެ ކަލޭމެން މިތަނުން ގެންދަވައި އަދި އެހެން އައު خلق ތަކެއް މިތަނަށް ގެންނަވައިފާނެއެވެ.
-
14:20
وَمَا ذَٰلِكَ عَلَى ٱللَّهِ بِعَزِيزٍ
Wa-maa ẓaalika ʻalal laahi biʻazeez.
އަދި އެކަމަކީ އެއީ ﷲ تعالى އަށް ބޮޑުކަމެއްކަމުގައި ނުވެއެވެ. އެކަން މަނާކުރާނެ އެކަކުވެސް ނުވެސް ހުންނާނެއެވެ.
-
14:21
وَبَرَزُوا۟ لِلَّهِ جَمِيعًا فَقَالَ ٱلضُّعَفَـٰٓؤُا۟ لِلَّذِينَ ٱسْتَكْبَرُوٓا۟ إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنتُم مُّغْنُونَ عَنَّا مِنْ عَذَابِ ٱللَّهِ مِن شَىْءٍ ۚ قَالُوا۟ لَوْ هَدَىٰنَا ٱللَّهُ لَهَدَيْنَـٰكُمْ ۖ سَوَآءٌ عَلَيْنَآ أَجَزِعْنَآ أَمْ صَبَرْنَا مَا لَنَا مِن مَّحِيصٍ
Wa-barazoo lillaahi jameeʻañ faq̣aalaḍ ḍuʻafaaaʹu lil-laẓeenas takbarooo ʹinnaa kunnaa lakum tabaʻañ fahal ʹañtum mug̣noona ʻannaa min ʻAẓaabil laahi miñ shayʹ? Q̣aaloo law hadaanal laahu lahadaynaakum! Sawaaaʹun ʻalaynaaa ʹajaziʻnaaa ʹam ṣabarnaa maa- lanaa mim maḥeeṣ.
އަދި އެ އެންމެން އެކީ ކައްވަޅުތަކުން ނުކުމެގެން ﷲ تعالى ގެ حضرة އަށް ފާޅުވާނެއެވެ. محشر ގެ ميدان އަށް ހުސްބިމަށް ޖަމާވާނެއެވެ. ދެންފަހެ ދުނިޔޭގައި އުޅުނުއިރު ބޮޑާވެ ކިބުރުވެރިވީ މަތީމީހުންނާ تبع ވެގެންއުޅުނު ދެރަނިކަމެތިން އެމީހުންނަށް ބުނާނެއެވެ. (ދުނިޔޭގައި) އަހުރެމެންވީ ކަލޭމެނާ تبع ވެގެންވާ ބަޔަކުކަމުގައެވެ. (ކަލޭމެން ބުނިހާކަމެއް އަހުރެމެން ކުރީމެވެ.) ފަހެ ﷲ ގެ عذاب ގެތެރެއިން އެއްވެސް މިންވަރެއް އަހުރެމެންގެ ކިބައިން ކަލޭމެން دفاع ކޮށްދޭނޫހެއްޔެވެ؟ ދުރުކޮށްދޭށެވެ. އެމީހުން يعني: ބޮޑެތިމީހުން ބުނާނެއެވެ. ﷲ تعالى އަހުރެމެންނަށް ތެދުމަގުދެއްކެވިނަމަ އަހުރެމެންވެސް ކަލޭމެންނަށް ތެދުމަގުދެއްކީމުހެވެ. (މިހާރުދެން) އަހުރެމެން ކެތްތެރިކަމެއްނެތި ހަޅޭލައި ތެޅިފޮޅުނަސް އަދި ނުވަތަ ކެތްތެރިވިޔަސް ހަމަހަމައެވެ. އަހުރެމެންނަށް ސަލާމަތްވާން ދާނެ ތަނެއް ނެތެވެ.
-
14:22
وَقَالَ ٱلشَّيْطَـٰنُ لَمَّا قُضِىَ ٱلْأَمْرُ إِنَّ ٱللَّهَ وَعَدَكُمْ وَعْدَ ٱلْحَقِّ وَوَعَدتُّكُمْ فَأَخْلَفْتُكُمْ ۖ وَمَا كَانَ لِىَ عَلَيْكُم مِّن سُلْطَـٰنٍ إِلَّآ أَن دَعَوْتُكُمْ فَٱسْتَجَبْتُمْ لِى ۖ فَلَا تَلُومُونِى وَلُومُوٓا۟ أَنفُسَكُم ۖ مَّآ أَنَا۠ بِمُصْرِخِكُمْ وَمَآ أَنتُم بِمُصْرِخِىَّ ۖ إِنِّى كَفَرْتُ بِمَآ أَشْرَكْتُمُونِ مِن قَبْلُ ۗ إِنَّ ٱلظَّـٰلِمِينَ لَهُمْ عَذَابٌ أَلِيمٌ
Wa-q̣aalash shayṭaanu lammaa q̣uḍiyal ʹamru ʹinnal laaha waʻadakum waʻdal Ḥaq̣q̣i wa-waʻattukum faʹakhlaftukum. Wa-maa kaana liya ʻalaykum miñ sulṭaanin ʹillaaa ʹañ daʻawtukum fastajabtum lee: falaa taloomoonee wa-loomooo ʹañfusakum. Maaa ʹana bimuṣrikhikum wa-maaa ʹañtum bimuṣrikhiyy. ʹInnee kafartu bimaaa ʹashraktumooni miñ q̣abl. ʹInnaz̤̣ z̤̣aalimeena lahum ʻaẓaabun ʹaleem.
ކަންތައްތައްވެ ނިމުމުން ޝައިތާނު ބުނާނެއެވެ. (އެބަހީ: ސުވަރުގެވަންތަވެރިން ސުވަރުގޭގައި ހަމަޖެހި ނަރަކަވަންތަވެރިން ނަރަކައިގައި ހަމަޖެހި ނިމުމުން ޝައިތާނު ބުނާނެއެވެ. އެއީ އެސޮރު ނަރަކައިގައި ހުރެ ނަރަކަވަންތަވެރިންނާ مخاطب ކޮށް ބުނާބުނުމެކެވެ.) ހަމަކަށަވަރުން ﷲ تعالى ކަލޭމެންނަށް ހަމަ حقّ وعد ކުރެއްވިއެވެ. އަދި އަހުރެންވެސް ކަލޭމެނަށް وعد ކުރީއެވެ. އަދި އަހުރެން ކަލޭމެންނާކުރި وعد އާއި އަހުރެން خلاف ވީއެވެ. އަދި އަހުރެން وعد ކުރިއިރު އެބަސް ثابت ކަމުގެމައްޗަށް دليل ކުރާނޭ އެއްވެސް دليل އެއް حجّة އެއް އަހުރެންނަކަށް ނުވެއެވެ. ހަމައެކަނި ކަލޭމެންނަށް އަހުރެން ބުނާގޮތަށް އުޅުމަށް ގޮވިކަން ނޫން އެހެން އެއްވެސް ހެއްކެއްނެތެވެ. ދެން ކަލޭމެން (ﷲ ފިޔަވައި) އަހުރެންނަށް އިޖާބަދިނީއެވެ. ﷲ ގެ حقّ وعد އަށް އިޖާބަ ނުދިނީއެވެ. އެހެންވީއިރު ދެން މިހާރު ކަލޭމެން އަހުރެންނަށް މަލާމާތް ނުކުރާށެވެ! އަދި ކިއެއްހެއްޔެވެ! ކަލޭމެން ކަލޭމެންގެ އަމިއްލަ نفس ތަކަށް މަލާމާތް ކުރާށެވެ! ކަލޭމެން ސަލާމަތްކުރާނޭ މީހަކުކަމުގައި އަހުރެން ނުވެއެވެ. އަދި އަހުރެން ސަލާމަތްކުރާނޭ ބަޔަކުކަމުގައި ކަލޭމެން ނުވެއެވެ. ހަމަކަށަވަރުން މީގެކުރީ ދުނިޔޭގައި އުޅުނުއިރު ކަލޭމެން ﷲ އަށް ކުރި އަޅުކަމުގައި އަހުރެން ބައިވެރިކުރުމާމެދު އަހުރެން ދެކޮޅުހެދީމެވެ. ހަމަކަށަވަރުން އަނިޔާވެރިންނަށް - يعني: مشرك ންނަށް - ހުރީ (قيامة ދުވަހުން) ހަމަ ވޭންދެނިވި عذاب އެވެ.
-
14:23
وَأُدْخِلَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا بِإِذْنِ رَبِّهِمْ ۖ تَحِيَّتُهُمْ فِيهَا سَلَـٰمٌ
Wa-ʹudkhilal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati Jannaatiñ tajree miñ taḥtihal ʹanhaaru khaalideena feehaa biʹiẓni Rabbihim. Taḥiyyatuhum feehaa salaam!
އަދި إيمان ވެގެން صالح عمل ކުރި މީސްތަކުން އެތަންތާނގެ ދަށުން އާރުތައް ދެމިދެމިހުންނަ ބަގީޗާތަކަކަށް ސުވަރުގެތަކަށް (قيامة ދުވަހުން) ވެއްދެވޭނެއެވެ. އަދި އެބައިމީހުންގެ ربّ ގެ إذن ފުޅަށް އެމީހުން އެތާ ދެމިތިބޭ حال ގައެވެ. އަދި އެސުވަރުގޭގައި ملائكة ބޭކަލުން އެ ސުވަރުގެވަންތަވެރިންނާއި ކުރާ ސަލާމަކީ ހަމަ سلام މި ކަލިމައެވެ.
-
14:24
أَلَمْ تَرَ كَيْفَ ضَرَبَ ٱللَّهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِى ٱلسَّمَآءِ
ʹAlam tara kayfa ḍarabal laahu mas̤alañ Kalimatañ Ṭayyibatañ kashajaratiñ ṭayyibatin ʹaṣluhaa s̤aabituñw wafarʻuhaa fis samaaaʹ,―
(އޭ رسول ﷲ އެވެ!) ﷲ تعالى ރަނގަޅު ކަލިމައެއްގެ މިސާލުޖައްސަވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެނެވަޑައިނުގަންނަވަމުތޯއެވެ؟ (އެމިސާލު ޖައްސަވަނީ) ރަނގަޅު ގަހެއްފަދައިންނެވެ. އެގަހުގެ މައިގަނޑާއި ބުޑު ރަނގަޅަށް ބިމުގައި ހަރުލާ ސާބިތުވެފައިވެއެވެ. އަދި އެގަހުގެ ގޮފިތައް މައްޗަށް އަރައިގެންގޮސް އުޑަށްގޮސްފައެވެ.
-
14:25
تُؤْتِىٓ أُكُلَهَا كُلَّ حِينٍۭ بِإِذْنِ رَبِّهَا ۗ وَيَضْرِبُ ٱللَّهُ ٱلْأَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ
Tuʹteee ʹukulahaa kulla ḥeenim biʹiẓni Rabbihaa. Wa-yaḍribul laahul ʹams̤aala linnaasi laʻallahum yataẓakkaroon.
އެގަހުގެ މޭވާ އެގަހުގެ ވެރި ربّ ގެ إذن ފުޅަށް ކޮންމެހިނދެއްގައިވެސް ލިބެއެވެ. އަދި މީސްތަކުންނަށް ﷲ تعالى މިސާލުތައް ޖައްސަވަނީ އެމީހުން نصيحة އާއި وعظ ލިބިގަނެ عبرة حاصل ކުރުމަށްޓަކައެވެ. • ދަންނައެވެ! މިދެއާޔަތުން މިސިފަކުރައްވާ ރަނގަޅު كلمة އަކާއިމެދު مفسّر ންގެ ބަސްތަފާތެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އެއީ شَهَادَة أَن لاَ إله إلاّ ﷲ މި كلمة ކަމަށެވެ. (އެބަހީ: ﷲ ނޫން إله އަކު ނުވާކަމަށް ހެކިވުންކަމަށެވެ.) އަނެއްބައިބޭކަލުން ވިދާޅުވަނީ އެއީ مؤمن އަޅާގެ إيمان އެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ ހަމަ ސީދާ مؤمن އަޅާކަމަށެވެ. އަދި ރަނގަޅު ގަހަކީ އެއީ ކަދުރު ރުއްކަމުގައި ވިދާޅުވާ مفسّر ން ގިނައެވެ. ކޮންމެއަކަސް مؤمن އަޅާ ބިމުގައި ގަސްފަދައިން ރަނގަޅަށް ސާބިތުވެހުރެ އޭނާ ﷲ އަށް ذِكر ކޮށް ހެޔޮކަންތައްތައް ކުރުމުން އެކަންތައްތައް ވަގުތުން އުޑަށް އުފުލެއެވެ. އެއީ ގަހުގެ ގޮފިތައް މައްޗަށްގޮސް އުޑާއި ހަމައަށް ދާ މިސާލެވެ. ކޮންމެހިނދެއްގައިވެސް އޭނާ ذكر ކޮށް އަޅުކަން ކުރުމުން އޭގެ ދަރުމަޔާ ސަވާބު އޭނާއަށް ލިބެއެވެ. އެއީ ގަހުގެ މޭވާ އަބަދު ލިބެވޭ މިސާލެވެ. ކަދުރު ރުކަކީވެސް އޭގެ މޭވާޔާ ފައިދާ އަބަދުވެސް ލިބެވޭ އެއްޗެކެވެ. والله أعلم.
-
14:26
وَمَثَلُ كَلِمَةٍ خَبِيثَةٍ كَشَجَرَةٍ خَبِيثَةٍ ٱجْتُثَّتْ مِن فَوْقِ ٱلْأَرْضِ مَا لَهَا مِن قَرَارٍ
Wa-mas̤alu kalimatin khabees̤atiñ kashajaratin khabees̤atinij tus̤s̤at miñ fawq̣il ʹarḍi maa- lahaa miñ q̣araar.
އަދި ނުބައި كلمة އެއްގެ މިސާލަކީ ނުބައި ގަހެއްގެ މިސާލެވެ. އެގަސް ބިމުން ލުހި ވަކިވެފައިވެއެވެ. އެގަހަށް އެއްވެސް ހަރުދަނާކަމެއް ثابت ކަމެއް ނުވެއެވެ. • ދަންނައެވެ! ނުބައި كلمة އަކީ كافر ކަލޭގެ ބުނާ ކާފަރު ބަހެވެ. شركގެ ބަހެވެ. އަދި އޭގެ މިސާލެއްކަމުގައި އެވަނީ ނުބައިގަހެއްގެ މިސާލެވެ. އެގަހަކީ އޭގެ މޭވާކަމުގައިވާ حَنْظَلَةُ އެވެ ކިޔާ ހިތި ނުބައި މޭވާއެއް ނުކުންނަ ގަހެކެވެ. ކާފަރުންގެ عمل އަކީވެސް އެފަދަ އެއްޗެކެވެ. އޭނާގެ عمل އަކީ ބިމުގައި ސާބިތު އެއްޗެއް ނޫނެވެ. އަދި އެ عمل އުޑަށް ނާރާނެއެވެ. އެއަކަށް ثواب އެއް ނެތެވެ. އޭނާ عمل އޮންނާނީ އޭނާގެ ބުރަކަށިމަތީގައެވެ. قيامة އަށް ދާންދެންނެވެ. والله أعلم.
-
14:27
يُثَبِّتُ ٱللَّهُ ٱلَّذِينَ ءَامَنُوا۟ بِٱلْقَوْلِ ٱلثَّابِتِ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ ۖ وَيُضِلُّ ٱللَّهُ ٱلظَّـٰلِمِينَ ۚ وَيَفْعَلُ ٱللَّهُ مَا يَشَآءُ
Yus̤abbitul laahul laẓeena ʹaamanoo bil-Q̣awlis̤ S̤aabiti fil ḥayaatid dunyaa wa-fil ʹAakhirah; wa-yuḍillul laahuz̤̣ z̤̣aalimeena wayafʻalul laahu maa- yashaaaʹ.
إيمان ވީ މީސްތަކުން ސާބިތު ތެދުބަސް މަތީ ﷲ تعالى ދުނިޔޭގެ حياة ގައިވެސް ސާބިތުކުރައްވައެވެ. އެއީ لاَ إله إلاّ ﷲ محمّد رسول ﷲ އެވެ. އަދި آخرة ގައިވެސް އެބައިމީހުން އެބަސްމަތީ ސާބިތުކުރައްވައެވެ. އަދި އަނިޔާވެރިން - مشرك ން ﷲ تعالى އެމީހުން މަގުފުރައްދަވައެވެ. އަދި ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާހާ ކަމެއްކުރައްވައެވެ. • ދަންނައެވެ! إيمان ވީ މީސްތަކުން ﷲ تعالى ثابت ކުރައްވާ ވާހަކައިގެތެރޭގައި އެމީހުންނާއި ކައްވަޅުގައި ސުވާލު ވެވެމުންދާއިރު ﷲ تعالى އެމީހުން ރަނގަޅު جواب ގައި ސާބިތުކުރައްވާ ކަމުގައި ގިނަ ރިވާޔަތުން އައިސްފައިވެއެވެ. والله أعلم.
-
14:28
۞ أَلَمْ تَرَ إِلَى ٱلَّذِينَ بَدَّلُوا۟ نِعْمَتَ ٱللَّهِ كُفْرًا وَأَحَلُّوا۟ قَوْمَهُمْ دَارَ ٱلْبَوَارِ
ʹAlam tara ʹilal laẓeena baddaloo niʻmatal laahi kufrañw waʹaḥalloo q̣awmahum Daaral Bawaar.―
،(29) (އޭ رسول ﷲ އެވެ!) ﷲ ގެ نعمة ކާފަރުކަމަކަށް ބަދަލުކުރިމީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އަދި އެމީހުން އެމީހުންގެ قوم ހަލާކުގެތެރެއަށް ހަލާކުގެ ގޮވަތީގެތެރެއަށް ވައްޓައިލިއެވެ. އެގޮވައްޗަކީ جهَنَّم އެވެ. ނަރަކައެވެ. އެއީ ހަމަޖެހުމަށް قرار ވުމަށް ނުބައިވެގެންވާ ތަނެކެވެ.\n• ދަންނައެވެ! މިއާޔަތުގައި ސިފަވެގެން މިދަނީ محمّد ﷺ އާއި مكّة ގެ ކާފަރު قريش ންގެ ވާހަކަކަމުގައި تفسير علم ވެރިންކުރެ ވަރަށްގިނަ ބޭކަލުން ވިދާޅުވެއެވެ. އެމީހުންނަށް ﷲ ފޮނުއްވި نعمة އަކީ ﷲ ފޮނުއްވި މާތް رسول އާއެވެ. محمّد ﷺ އެވެ. އެއީ އެމީހުންނަށް އެކަލާނގެ ފޮނުއްވި ދުނިޔެއާއި آخرة ގެ نعمة އެވެ. އެމީހުން އެ نعمة އަށް ކާފަރުވީއެވެ. އެކަލޭގެފާނަށް إيمان ނުވެ އެކަލޭގެފާނު ރަށުންވެސް ނެރެލުމަށް މަސައްކަތް ކުރީއެވެ. އެ نعمة ކާފަރުކަމަށް ބަދަލުކުރީއެވެ. އަދި އެ قوم ގެ ބޮޑެތި ކާފަރުންގެ ސަބަބުން ދެންތިބި އެތައްބަޔަކުވެސް ހަލާކުގެތެރެއަށް ވެއްޓުނީއެވެ. ބަދުރު ހަނގުރާމައިގައި އެތައްބަޔަކު ކާފަރުކަންމަތީ މަރުވެދިޔައީއެވެ. މިވާހަކައިގެ ސަބަބު މައްކާގެ ކާފަރުންނާއި ގުޅިގެން އައިސްފައި އޮތެއްކަމަކު އެގޮތަށް ކަންތައްކުރާ އެންމެން އޭގެތެރެއަށް ނުވަދެ ނުދާނެ އެއްގޮތެއްވެސް ނެތެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކާ ކީރިތި قرآن އާއި މާތް سنّة ގައިވާ حكم ތަކާއި ހަމަތައް ދޫކޮށް އެޔާ خلاف قانون ތައް ހަދާ އެއަށް تبع ވުމަށް އަމުރުކުރާ ބަޔަކު މިއާޔަތުގެ ދަށަށް ނުވަންނާނެ ބާވައެވެ؟ މައްސަލަ ހަމަ އެއްމައްސަލައެކެވެ. ތަނާއި މީހުންގެ ތަފާތެއް މެނުވީ ނެތެއްނޫންތޯއެވެ. والله أعلم.
-
14:29
جَهَنَّمَ يَصْلَوْنَهَا ۖ وَبِئْسَ ٱلْقَرَارُ
Jahannama yaṣlawnahaa, wa-biʹsal q̣araar!
،(29) (އޭ رسول ﷲ އެވެ!) ﷲ ގެ نعمة ކާފަރުކަމަކަށް ބަދަލުކުރިމީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އަދި އެމީހުން އެމީހުންގެ قوم ހަލާކުގެތެރެއަށް ހަލާކުގެ ގޮވަތީގެތެރެއަށް ވައްޓައިލިއެވެ. އެގޮވައްޗަކީ جهَنَّم އެވެ. ނަރަކައެވެ. އެއީ ހަމަޖެހުމަށް قرار ވުމަށް ނުބައިވެގެންވާ ތަނެކެވެ.\n• ދަންނައެވެ! މިއާޔަތުގައި ސިފަވެގެން މިދަނީ محمّد ﷺ އާއި مكّة ގެ ކާފަރު قريش ންގެ ވާހަކަކަމުގައި تفسير علم ވެރިންކުރެ ވަރަށްގިނަ ބޭކަލުން ވިދާޅުވެއެވެ. އެމީހުންނަށް ﷲ ފޮނުއްވި نعمة އަކީ ﷲ ފޮނުއްވި މާތް رسول އާއެވެ. محمّد ﷺ އެވެ. އެއީ އެމީހުންނަށް އެކަލާނގެ ފޮނުއްވި ދުނިޔެއާއި آخرة ގެ نعمة އެވެ. އެމީހުން އެ نعمة އަށް ކާފަރުވީއެވެ. އެކަލޭގެފާނަށް إيمان ނުވެ އެކަލޭގެފާނު ރަށުންވެސް ނެރެލުމަށް މަސައްކަތް ކުރީއެވެ. އެ نعمة ކާފަރުކަމަށް ބަދަލުކުރީއެވެ. އަދި އެ قوم ގެ ބޮޑެތި ކާފަރުންގެ ސަބަބުން ދެންތިބި އެތައްބަޔަކުވެސް ހަލާކުގެތެރެއަށް ވެއްޓުނީއެވެ. ބަދުރު ހަނގުރާމައިގައި އެތައްބަޔަކު ކާފަރުކަންމަތީ މަރުވެދިޔައީއެވެ. މިވާހަކައިގެ ސަބަބު މައްކާގެ ކާފަރުންނާއި ގުޅިގެން އައިސްފައި އޮތެއްކަމަކު އެގޮތަށް ކަންތައްކުރާ އެންމެން އޭގެތެރެއަށް ނުވަދެ ނުދާނެ އެއްގޮތެއްވެސް ނެތެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކާ ކީރިތި قرآن އާއި މާތް سنّة ގައިވާ حكم ތަކާއި ހަމަތައް ދޫކޮށް އެޔާ خلاف قانون ތައް ހަދާ އެއަށް تبع ވުމަށް އަމުރުކުރާ ބަޔަކު މިއާޔަތުގެ ދަށަށް ނުވަންނާނެ ބާވައެވެ؟ މައްސަލަ ހަމަ އެއްމައްސަލައެކެވެ. ތަނާއި މީހުންގެ ތަފާތެއް މެނުވީ ނެތެއްނޫންތޯއެވެ. والله أعلم.
-
14:30
وَجَعَلُوا۟ لِلَّهِ أَندَادًا لِّيُضِلُّوا۟ عَن سَبِيلِهِۦ ۗ قُلْ تَمَتَّعُوا۟ فَإِنَّ مَصِيرَكُمْ إِلَى ٱلنَّارِ
Wa-jaʻaloo lillaahi ʹañdaadal liyuḍilloo ʻañ Sabeelih! Q̣ul tamattaʻoo faʹinna maṣeerakum ʹilan Naar!
އަދި އެމީހުން ﷲ އަށް شريك ންތަކެއް ލައި އެކަލާނގެއާއި ބައިވެރިކުރީއެވެ. އެއީ ﷲ ގެ މަގުން މީސްތަކުން ފުރައްދާ ދުރުކުރުމަށެވެ. ނުވަތަ އެމީހުން މަގުފުރެދުމަށްޓަކައެވެ. އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ދުނިޔޭގައި مدّة އަކު އަރާމުކުރާށެވެ! ހަމަކަށަވަރުން ކަލޭމެން އެނބުރިދިއުންވަނީ ނަރަކައަށެވެ. ނުވަތަ އެނބުރިދާތަން އޮތީ ނަރަކައިގައެވެ.
-
14:31
قُل لِّعِبَادِىَ ٱلَّذِينَ ءَامَنُوا۟ يُقِيمُوا۟ ٱلصَّلَوٰةَ وَيُنفِقُوا۟ مِمَّا رَزَقْنَـٰهُمْ سِرًّا وَعَلَانِيَةً مِّن قَبْلِ أَن يَأْتِىَ يَوْمٌ لَّا بَيْعٌ فِيهِ وَلَا خِلَـٰلٌ
Q̣ul liʻibaadiyal laẓeena ʹaamanoo yuq̣eemuṣ ṣalaata wa-yuñfiq̣oo mimmaa razaq̣naahum sirrañw waʻalaaniyatam miñ q̣abli ʹañy yaʹtiya Yawmul laa bayʻuñ feehi wa-laa khilaal.
(އޭ رسول ﷲ އެވެ!) ކަލޭގެފާނަށާއި ތިމަންރަސްކަލާނގެއަށް إيمان ވެގެންތިބި ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! އެމީހުން ނަމާދު قائم ކުރާށެވެ! އަދި ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވިތަކެތީން ސިއްރާއި ފައުޅުގައި ހޭދަކުރާށެވެ! (ﷲ ގެ މަގުގައި ޒަކާތްދީ صدقاة ދީ ހަދާށެވެ!) އެއީ އެދުވަހުން އެއްވެސް ގަނެވިއްކުމެއް ނެތް އަދި فدية އެއް قبول ވުމެއްނެތް އަދި رحمة ތެރިކަމުގެ އެއްވެސް ކަމަކުންފައިދާއެއް ނުކުރާނެ (قيامة ދުވަސް) އައުމުގެ ކުރީންނެވެ.
-
14:32
ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًا لَّكُمْ ۖ وَسَخَّرَ لَكُمُ ٱلْفُلْكَ لِتَجْرِىَ فِى ٱلْبَحْرِ بِأَمْرِهِۦ ۖ وَسَخَّرَ لَكُمُ ٱلْأَنْهَـٰرَ
ʹAllaahul laẓee khalaq̣as samaawaati wal-ʹarḍa wa-ʹañzala minas samaaʹi maaaʹañ faʹakhraja bihee minas̤ s̤amaraati rizq̣al lakum: wa-sakhkhara lakumul fulka litajriya fil baḥri biʹAmrih: wa-sakhkhara lakumul ʹanhaar.
އުޑުތަކާއި ބިން ނެތުމުގެތެރެއިން ހެއްދެވީ ހަމަ ﷲ އެވެ. އަދި އެކަލާނގެ އުޑުން ފެން ބާވައިލެއްވިއެވެ. ދެން އެފެނުގެ ބާރުގައި އެފެނުގެ ސަބަބުން ގަސްގަހުގެ މަތިވަރުތައް އެކަލާނގެ ކަލޭމެންނަށް ނެރެދެއްވިއެވެ. އެއީ ކަލޭމެންނަށްވާ ރިޒުގެއްގެގޮތުންނެވެ. އަދި އެކަލާނގެ އަމުރުފުޅަށް ކަނޑުގައި ދުވާ ނައުދޯނގުފަހަރު (މޫދުގައި ދުވާ އުޅަނދުތައް) އެކަލާނގެ ކަލޭމެންނަށް ކިޔަމަންކޮށްދެއްވިއެވެ. އަދި ކަލޭމެންނަށްޓަކައި ކޯރުތައްވެސް އެކަލާނގެ ކިޔަމަންކޮށްދެއްވިއެވެ.
-
14:33
وَسَخَّرَ لَكُمُ ٱلشَّمْسَ وَٱلْقَمَرَ دَآئِبَيْنِ ۖ وَسَخَّرَ لَكُمُ ٱلَّيْلَ وَٱلنَّهَارَ
Wa-sakhkhara lakumush shamsa walq̣amara daaaʹibayni; wa-sakhkhara lakumul layla wan-Nahaar.
އަދި ދާއިމީގޮތެއްގައި އަރާއޮއްސޭގޮތަށް އިރާއި ހަނދު އެކަލާނގެ ކަލޭމެންނަށް ކިޔަމަންކޮށްދެއްވިއެވެ. އަދި ރޭގަނޑާއި ދުވާލުވެސް (قواعد ން ތަރުތީބުވެ ހިނގާގޮތަށް) އެކަލާނގެ ކަލޭމެންނަށް ކިޔަމަންކޮށްދެއްވިއެވެ.
-
14:34
وَءَاتَىٰكُم مِّن كُلِّ مَا سَأَلْتُمُوهُ ۚ وَإِن تَعُدُّوا۟ نِعْمَتَ ٱللَّهِ لَا تُحْصُوهَآ ۗ إِنَّ ٱلْإِنسَـٰنَ لَظَلُومٌ كَفَّارٌ
Waʹaataakum miñ kulli maa- saʹaltumooh. Wa-ʹiñ taʻuddoo niʻmatal laahi laa- tuḥṣoohaa. ʹInnal ʹiñsaana laz̤̣aloomuñ kaffaar.
އަދި އެއެއްޗަކަށް ކަލޭމެން އެދި އެކަލާނގެއާއި ސުވާލުކޮށް ދެންނެވި ކޮންމެއެއްޗަކުންވެސް އެކަލާނގެ އެއިން ބައެއްދެއްވިއެވެ. އަދި ކަލޭމެން ﷲ ގެ نعمة ތައް ގުނާ عدد ކުރިޔަސް އެ نعمة ތައް ކަލޭމެންނަށް عدد ކޮށް ހިމަނައި ނުގަނެވޭނެއެވެ. އެހާގިނަވާނެއެވެ. ހަމަކަށަވަރުން އިންސާނާވީ (އެ نعمة ތަކުގެ شكر އެކަލާނގެ ނޫންފަރާތަކަށް އަނބުރައިލާ އެކަލާނގެ ނޫންފަރާތަކަށް އަޅުކަންކުރުމުގެ ގޮތުން) އޭނާގެ نفس އަށް އަނިޔާވެރިއަކުކަމުގައެވެ. އަދި އެކަލާނގެއަށް ގިނަގިނައިން ކާފަރުވާމީހަކުކަމުގައެވެ.
-
14:35
وَإِذْ قَالَ إِبْرَٰهِيمُ رَبِّ ٱجْعَلْ هَـٰذَا ٱلْبَلَدَ ءَامِنًا وَٱجْنُبْنِى وَبَنِىَّ أَن نَّعْبُدَ ٱلْأَصْنَامَ
Wa-ʹiẓ q̣aala ʹIbraaheemu Rabbij ʻal haaẓal Balada ʹaaminañw wajnubnee wa-baniyya ʹan naʻbudal ʹaṣnaam.
(އޭ رسول ﷲ އެވެ!) إبراهيم (عليه السّلام) އެކަލޭގެފާނުންގެ ربّ އަށް ދެންނެވިހިނދު ހަނދުމަފުޅުކުރައްވާށެވެ! އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! މިރަށް (مكّة) އަމާން ރަށެއްކަމުގައި ލައްވާންދޭވެ! އަދި މިއަޅާޔާ މިއަޅާގެ ދަރިން ބުދަށް އަޅުކަންކުރުމާ ދުރުކުރައްވާންދޭވެ!
-
14:36
رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِّنَ ٱلنَّاسِ ۖ فَمَن تَبِعَنِى فَإِنَّهُۥ مِنِّى ۖ وَمَنْ عَصَانِى فَإِنَّكَ غَفُورٌ رَّحِيمٌ
Rabbi ʹinnahunna ʹaḍlalna kas̤eeram minan naas; famañ tabiʻanee faʹinnahoo minnee, wa-man ʻaṣaanee faʹinnaka G̣afoorur Raḥeem.
އޭ އަޅުގެ ربّ އެވެ! ހަމަކަށަވަރުން އެތަކެތި يعني: އެބުދުތައް މީސްތަކުންކުރެ ގިނަބަޔަކު މަގުފުރައްދައިފިއެވެ. ފަހެ މިއަޅާއާއި تبع ވެއްޖެމީހަކީ (މިއަޅާގެ މަގާއި تبع ވެއްޖެމީހަކީ) ހަމަކަށަވަރުން މިއަޅާގެ މީހެކެވެ. މިއަޅާގެ މަގުގައި އަދި މިއަޅާގެ سنّة ގައިވާ މީހެކެވެ. އަދި މިއަޅާއަށް އުރެދިއްޖެމީހަކީ މިއަޅާގެ މަގުގައިވާ މީހެއް ނޫނެވެ. އަދި ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
14:37
رَّبَّنَآ إِنِّىٓ أَسْكَنتُ مِن ذُرِّيَّتِى بِوَادٍ غَيْرِ ذِى زَرْعٍ عِندَ بَيْتِكَ ٱلْمُحَرَّمِ رَبَّنَا لِيُقِيمُوا۟ ٱلصَّلَوٰةَ فَٱجْعَلْ أَفْـِٔدَةً مِّنَ ٱلنَّاسِ تَهْوِىٓ إِلَيْهِمْ وَٱرْزُقْهُم مِّنَ ٱلثَّمَرَٰتِ لَعَلَّهُمْ يَشْكُرُونَ
Rabbanaaa ʹinneee ʹaskañtu miñ ẓurriyyatee biwaadin g̣ayri ẓee zarʻin ʻiñda Baytikal Muḥarrami Rabbanaa liyuq̣eemus Ṣalaata fajʻal ʹafʹidatam minan naasi tahweee ʹilayhim warzuq̣hum minas̤ s̤amaraati laʻallahum yashkuroon.
އޭ އަޅަމެންގެ ربّ އެވެ! އެއްވެސް ދަނޑުބިމެއް ގަހެއްނެތް ހުސްވާދީއެއްގައި މިއަޅާގެ ދަރިފަސްކޮޅުން ބަޔަކު މިއަޅާ ވަޒަންވެރިކުރުވައިފީމެވެ. އެއީ އިބަރަސްކަލާނގެ حرمة ތެރިކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅުކައިރީގައެވެ. މިއަޅާ އެގޮތަށް މިހެދީ އެމީހުން ނަމާދު قائم ކުރުމަށްޓަކައެވެ. (އިބަރަސްކަލާނގެ ގެފުޅު ކައިރީގައި އެމީހުން އަޅުކަންކުރުމަށްޓަކައެވެ.)\nފަހެ މީސްތަކުންކުރެ ބަޔަކުމީހުންގެ ހިތްތައް (ﷲ އަށްޓަކައި ލޯބިވެތިކަމާއި އޯގާވެރިކަމާއިއެކު) އެމީހުންނާއި ދިމާއަށް ލެނބޭނެގޮތް އިބަރަސްކަލާނގެ ލައްވާނދޭވެ! (މިބަސްފުޅުން މުރާދުކުރެވެނީ މީސްތަކުން އެތަނަށް حجّ އަށް އައުމަށް އެދިވަޑައިގެންނެވުން ކަމުގައި ބައެއް مفسّر ން ލިއުއްވައެވެ.) އަދި މޭވާގެ ބާވަތްތަކާއި ގަސްގަހުގެ އެހެނިހެން نتيجة ތަކުން އެމީހުންނަށް ރިޒުގު ދެއްވާނދޭވެ! އެއީ އެމީހުންނީ އިބަރަސްކަލާނގެއަށް شكر ކުރާބަޔަކުކަމުގައި ވުމުގެ أمّيد ގައެވެ. ނޯޓް: ކޮންމެޔަކަސް އެކަލޭގެފާނުންގެ މި دعاء ފުޅުގެ بركاة އާއި އޭގެ އަސަރު މިހާރު އެތަނަށް ދެވުނުބަޔަކަށް ފެންނާނެއެވެ. މޭވަޔާ ތަރުކާރީއާއި އެހެނިހެން ބާވަތުގެ މުދާ مكّة އާއި ގެފުޅުގެ ވަށަވަށައިގެންވާ ހިސާބަށްވުރެ ވަކިގިނަވާނެ އެހެންތަނެއް ނެތޭވެސް ބުނާހާވަރުވެއެވެ.
-
14:38
رَبَّنَآ إِنَّكَ تَعْلَمُ مَا نُخْفِى وَمَا نُعْلِنُ ۗ وَمَا يَخْفَىٰ عَلَى ٱللَّهِ مِن شَىْءٍ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ
Rabbanaaa ʹinnaka taʻlamu maa- nukhfee wa-maa nuʻlin: wa-maa yakhfaa ʻalal laahi miñ shayʹiñ fil ʹarḍi wa-laa fis samaaaʹ.
އޭ އަޅަމެންގެ ربّ އެވެ! އަޅަމެން ވަންހަނާކުރާ ތަކެއްޗާއި އަދި އަޅަމެން ފައުޅުކުރާ ތަކެތިވެސް އިބަރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އުޑުތަކާއި ބިމުގައި ހަމައެއްވެސްކަމެއްވެސް އަދި އެއްވެސް އެއްޗެއްވެސް ﷲ އަށް ވަންހަނާވެގެން ނުވެއެވެ.
-
14:39
ٱلْحَمْدُ لِلَّهِ ٱلَّذِى وَهَبَ لِى عَلَى ٱلْكِبَرِ إِسْمَـٰعِيلَ وَإِسْحَـٰقَ ۚ إِنَّ رَبِّى لَسَمِيعُ ٱلدُّعَآءِ
ʹAl-Ḥamdu lillaahil laẓee wahaba lee ʻalal kibari ʹIsmaaʻeela wa-ʹIsḥaaq̣: ʹInna Rabbee la-Sameeʻud duʻaaaʹ!
އެންމެހައި حمد އާއި تعريف އާއި ثناء އެއްހުރީ ﷲ އަށެވެ. އެކަލާނގެއީ މިއަޅާގެ عمر ން ދުވަސްވުމާއެކުވެސް މިއަޅާއަށް إسماعيل އާއި إسحاق (عليه السّلام) މިދެދަރިން ދެއްވި ކަލާނގެއެވެ. ހަމަކަށަވަރުން މިއަޅާގެ ربّ އެއީ دعاء އައްސަވާވޮޑިގެންވާ ކަލާނގެކަން يقين އެވެ.
-
14:40
رَبِّ ٱجْعَلْنِى مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِى ۚ رَبَّنَا وَتَقَبَّلْ دُعَآءِ
Rabbij ʻalnee muq̣eemaṣ Ṣalaati wa-miñ ẓurriyyatee, Rabbanaa wa-taq̣abbal Duʻaaaʹ.
އޭ އަޅުގެ ربّ އެވެ! މިއަޅާ ނަމާދު قائم ކުރާމީހުންގެތެރެއިން ލައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅުންވެސް އެފަދަމީހުން ލައްވާނދޭވެ! (އެބަހީ: ނަމާދު قائم ކޮށް ﷲ ގެ أمر ތަކަށް ކިޔަމަންވާ އަދި ނަހީތަކުން ދުރުވާ ބަޔަކުކަމުގައި އަޅަމެން ލައްވާނދޭވެ! އޭ އަޅަމެންގެ ربّ އެވެ! އަދި މިއަޅާގެ دعاء قبول ކުރައްވާނދޭވެ!
-
14:41
رَبَّنَا ٱغْفِرْ لِى وَلِوَٰلِدَىَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ ٱلْحِسَابُ
Rabbanag̣ fir lee wa-liwaalidayya wa-lil-Muʹmineena Yawma yaq̣oomul Ḥisaab!
އޭ އަޅު ގެ ربّ އެވެ! މިއަޅާއަށް ފުއްސަވާނދޭވެ! އަދި މިއަޅާގެ މައިންބަފައިންނަށާއި އަދި\nمؤمن ންނަށްވެސް މީސްތަކުންގެ ހިސާބު ބެއްލެވުމަށް ﷲ ގެ حضرة ގައި ކޮޅަށް ތިބޭދުވަހު ފާފަފުއްސަވާނދޭވެ!
-
14:42
وَلَا تَحْسَبَنَّ ٱللَّهَ غَـٰفِلًا عَمَّا يَعْمَلُ ٱلظَّـٰلِمُونَ ۚ إِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيهِ ٱلْأَبْصَـٰرُ
Wa-laa taḥsabannal laaha g̣aafilan ʻammaa yaʻmaluz̤̣ z̤̣aalimoon. ʹInnamaa yuʹakhkhiruhum li-Yawmiñ tashkhaṣu feehil ʹabṣaar,―
(އޭ رسول ﷲ އެވެ!) އަދި މިއަނިޔާވެރިން - مشرك ން - ކުރާކަންތައްތަކާއިމެދު ﷲ غافل ވެވޮޑިގެންވާކަމުގައި ކަލޭގެފާނު ހީފުޅު ނުކުރައްވާށެވެ! އެމީހުން އެވަނީ އެދުވަހެއްގައި ލޯތައް މައްޗަށް ހުޅުވި ނުލެއްޕި ހުންނަ ދުވަހަކަށްޓަކައި ލަސްކުރެވިފައެވެ.
-
14:43
مُهْطِعِينَ مُقْنِعِى رُءُوسِهِمْ لَا يَرْتَدُّ إِلَيْهِمْ طَرْفُهُمْ ۖ وَأَفْـِٔدَتُهُمْ هَوَآءٌ
Muhṭiʻeena muq̣niʻee ruʹoosihim laa- yartaddu ʹilayhim ṭarfuhum, wa-ʹafʹidatuhum hawaaaʹ!
އެމީހުންގެ ބޯތައް އުފުލި (ބިރުވެރިކަން ބޮޑުކަމުންގޮސް) ލޯތައް ހުޅުވި ލޮލުގެ ކަޅިތައްބޮޑުވެ އަވަސްއަވަހަށް ބެލުމަށް ލޯތައް ދަމައިގެންވާނެއެވެ. އަދި އެމީހުންގެ ހިތްތައް މުޅިން ހެޔޮކަމުން ހުސްވެ، އެއްޗެއް ނުވިސްނި حيران ކަމެއްގައިވާނެތެވެ. (އެއްވެސް އެއްޗެއް ހިތުގައި ނުވާނެއެވެ. އެއީ ހަމަ ބިރުވެރިކަން ބޮޑުވުމުގެ ސަބަބުންނެވެ.)
-
14:44
وَأَنذِرِ ٱلنَّاسَ يَوْمَ يَأْتِيهِمُ ٱلْعَذَابُ فَيَقُولُ ٱلَّذِينَ ظَلَمُوا۟ رَبَّنَآ أَخِّرْنَآ إِلَىٰٓ أَجَلٍ قَرِيبٍ نُّجِبْ دَعْوَتَكَ وَنَتَّبِعِ ٱلرُّسُلَ ۗ أَوَلَمْ تَكُونُوٓا۟ أَقْسَمْتُم مِّن قَبْلُ مَا لَكُم مِّن زَوَالٍ
Wa-ʹañẓirin naasa Yawma yaʹteehimul ʻAẓaabu fayaq̣oolul laẓeena z̤̣alamoo Rabbanaaa ʹakhkhirnaaa ʹilaaa ʹajaliñ q̣areebin nujib Daʻwataka wa-nattabiʻir rusul! ʹAwalam takoonooo ʹaq̣samtum miñ q̣ablu maa- lakum miñ zawaal?
އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެބައެއްގެ ގާތަށް رسول ކަމާއިގެން ފޮނުވުނު މީސްތަކުންނަށް ކަލޭގެފާނު إنذار ކުރައްވާށެވެ! އެއީ އެމީހުންނަށް عذاب އަންނާނެ قيامة ދުވަހުގެ ވާހަކައިންނެވެ. އެދުވަހުން އަނިޔާވެރިން يعني: مشرك ން - ދަންނަވާނެއެވެ. އޭ އަޅަމެންގެ ربّ އެވެ! ކުޑަ مدّة އަކަށް ގާތް مدّة އަކަށް އަޅަމެން ފަސްކުރައްވާނދޭވެ! އަޅަމެންގެ ކިބައިން عذاب ދުރުކުރައްވާނދޭވެ! އޭރުން އިބަރަސްކަލާނގެ دعوة އަޅަމެން قبول ކޮށް އެއަށް އިޖާބަދޭހުށީމެވެ. އަދި رسول ބޭކަލުންނާ އަޅަމެން تبع ވާހުށީމެވެ. (އޭގެ ޖަވާބުގައި ﷲ އެމީހުންނަށް އަންގަވައެވެ.) މީގެކުރިން ކަލޭމެން ދުނިޔޭގައި ތިބިއިރު ކަލޭމެން آخرة އަށް ނާންނާނެކަމުގައި - قيامة ނުވާނެކަމުގައި ހުވައިކޮށްފާ ބުނާކަމުގައި ކަލޭމެން ނުވަމުހެއްޔެވެ؟ (އެބަހީ: قيامة ނުވާނެކަމަށް ކަލޭމެން ހުވައިކޮށްފާ ބުންޏެވެ.)
-
14:45
وَسَكَنتُمْ فِى مَسَـٰكِنِ ٱلَّذِينَ ظَلَمُوٓا۟ أَنفُسَهُمْ وَتَبَيَّنَ لَكُمْ كَيْفَ فَعَلْنَا بِهِمْ وَضَرَبْنَا لَكُمُ ٱلْأَمْثَالَ
Wa-sakañtum fee masaakinil laẓeena z̤̣alamooo ʹañfusahum wa-tabayyana lakum kayfa faʻalnaa bihim wa-ḍarabnaa lakumul ʹAms̤aal!
އަދި ކަލޭމެން ވަޒަންވެރިވެގެން ތިޔައުޅެނީ އެމީހުން ކާފަރުވުމުގެ ސަބަބުން އަމިއްލަ نفس އަށް އަނިޔާވެރިވީ މީސްތަކުންގެ ޖާގަތަކުގައެވެ. އެމީހުން އުޅުނު ތަންތާނގައެވެ. އަދި އެމީހުންނާއިމެދު ތިމަންރަސްކަލާނގެ ކަންތައްކުރެއްވީ ކޮންފަދައަކުންކަން ކަލޭމެނަށް ރަނގަޅަށް ބަޔާންވެ އެނގޭނެއެވެ. (އެމީހުން ތިމަންރަސްކަލާނގެއަށް އުރެދި ނުކިޔަމަންތެރިކަމުގައި ހައްދުފަހަނަޅައިގަތްހިނދުން ތިމަންރަސްކަލާނގެ އެމީހުން ހަލާކުކުރެއްވީމެވެ. ކަލޭމެންގެ حال ވެސް އެހެން ވެދާނެއެވެ.) އަދި ކަލޭމެންގެ شرك ކަންތައްތަކުގެ مثال ތައް ތިމަންރަސްކަލާނގެ ކަލޭމެނަށް ޖައްސަވައިދެއްވައިފީމެވެ. ދެން މިހާރު ކަލޭމެންނަށް ތިޔަޖެހިފައިވާ عذاب ލުއިކުރުމަށް ކަލޭމެންނަށް عذاب ލަސްކުރުމަށް ތިޔައެދެނީއެވެ.
-
14:46
وَقَدْ مَكَرُوا۟ مَكْرَهُمْ وَعِندَ ٱللَّهِ مَكْرُهُمْ وَإِن كَانَ مَكْرُهُمْ لِتَزُولَ مِنْهُ ٱلْجِبَالُ
Wa-q̣ad makaroo makrahum: wa-ʻindal laahi makruhum: wa-ʹiñ kaana makruhum litazoola minhul jibaal!
އަދި އެމީހުން އެހެދި މަކަރުތައް އެމީހުން ހެދިއެވެ. ރޭވުންތައް ރޭވިއެވެ. އަދި އެމީހުންގެ މަކަރުތައް އަދި ރޭވުންތައް ﷲ ގެ حضرة ގައިވެއެވެ. އެބަހީ: އެމީހުންގެ ރޭވުމުގެ ނުބައިކަމާއި شرك، ﷲ ދެނެވޮޑިގެންވެއެވެ. އެމީހުންގެ މަކަރާއި ރޭވުން ފަރުބަދަތައް ބުރައިގެންގޮސް ފިލައިގެން ދިއުން ގާތްވެގެންވެއެވެ. އެހާވެސް ބޮޑެވެ.
-
14:47
فَلَا تَحْسَبَنَّ ٱللَّهَ مُخْلِفَ وَعْدِهِۦ رُسُلَهُۥٓ ۗ إِنَّ ٱللَّهَ عَزِيزٌ ذُو ٱنتِقَامٍ
Falaa taḥsabannal laaha mukhlifa waʻdihee rusulah: ʹinnal laaha ʻAzeezuñ Ẓuñ tiq̣aam.
(އޭ رسول ﷲ އެވެ!) ފަހެ ﷲ އީ އެކަލާނގެ رسول ންނަށް ކުރައްވާފައިވާ وعد ފުޅާއި خلاف ވެވޮޑިގަންނަވާނެ ކަލަކުކަމުގައި ކަލޭގެފާނު ހީފުޅު ނުކުރައްވާހުށިކަމެވެ! (އެ وعد ފުޅަކީ އެބޭކަލުންނަށާއި އެބޭކަލުންނަށް تبع ވީ ބަޔަކަށް نصر އާއި كامياب ދެއްވުމެވެ. އެބޭކަލުންނާއި އިދިކޮޅު ހެދިބަޔަކަށް ގެއްލުމާއި ހަލާކު ހުރިކަމުގެ وعد ފުޅެވެ.) ހަމަކަށަވަރުން ﷲ އީ عزّة ވަންތަ އެބަހީ: ގަދަފަދަވަންތަ އަދި ބަދަލު ހިއްޕެވުމުގެ ވެރިކަލާނގެއެވެ.
-
14:48
يَوْمَ تُبَدَّلُ ٱلْأَرْضُ غَيْرَ ٱلْأَرْضِ وَٱلسَّمَـٰوَٰتُ ۖ وَبَرَزُوا۟ لِلَّهِ ٱلْوَٰحِدِ ٱلْقَهَّارِ
Yawma tubaddalul ʹArḍu g̣ayral ʹArḍi was-Samaawaatu wa-barazoo lillaahil Waaḥidil Q̣ahhaar;
އެއީ މިހާރު މިވާ ބިން އެހެން ބިމަކަށް ބަދަލުވާ ދުވަހެވެ. (މިބިން ބަދަލުވެ ހުދު ރިހިގަނޑެއްފަދައިން ލައްވާނެކަމުގައި ބުނެވެއެވެ.) އަދި މިއުޑުތައްވެސް އެހެން އުޑުތަކަކަށް ބަދަލުވެގެން ދާނޭ ދުވަހުންނެވެ. އަދި އެންމެހައި މީސްތަކުން ކަށްވަޅުތަކުން ނުކުމެގެން އެއްކައުވަންތަ ކުޅަދުންވަންތަ ކަލާނގެއަށް ފައުޅުވެގަންނާނެއެވެ.
-
14:49
وَتَرَى ٱلْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِى ٱلْأَصْفَادِ
Wa-taral Mujrimeena yawmaʹiẓim muq̣arraneena fil ʹaṣfaad;
(އޭ رسول ﷲ އެވެ!) އަދި އެދުވަހުން- އެބަހީ: قيامة ދުވަހުން ކަލޭގެފާނަށް ކުށްވެރިން يعني:مجرم ން ފެނިވަޑައިގަންނަވާނީ އެމީހުންގެ އަތްތަކާއި ފައިތައް އެމީހުންގެ ކަނދުރާތަކާއިއެކު ކަސްތަޅު އެޅެވިގެންވާތީއެވެ.
-
14:50
سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ ٱلنَّارُ
Saraabeeluhum miñ q̣aṭiraaniñw watag̣shaa wujoohahumun Naar:
އެމީހުންގެ ގައިގައިވާ ލިބާސްވާނީ قَطِرَانُ ކިޔާ ކަޅުކުލައިގެ މާއްދާއަކުންނެވެ. (އެއީ ބޮލާކީނުކަހަލަ ތާރުކަހަލަ އަވަހަށް އަލިފާން ހިފާކަހަލަ ހޫނުގަދަ މާއްދާއެއްކަމުގައިވެއެވެ. އެއަށް ދިވެހިން ކިޔަނީ ކަތުރާނު ކަމަށްހީވެއެވެ. ނުވަތަ އެއީ ލޮއެވެ. والله أعلم) އަދި އެމީހުންގެ މޫނުތައް އަލިފާނުން ނިވައިކުރާނެއެވެ. އެބަހީ: އެމީހުންގެ މޫނުތައްވާނީ ނަރަކައިގެ އަލިފާނުން ނިވައިވެފައެވެ.
-
14:51
لِيَجْزِىَ ٱللَّهُ كُلَّ نَفْسٍ مَّا كَسَبَتْ ۚ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ
Liyajziyal laahu kulla nafsim maa kasabat; ʹinnal laaha Sareeʻul Ḥisaab.
އެކަން އެހެން އެހައްދަވަނީ ﷲ تعالى ކޮންމެ نفس އަކަށްވެސް އެ نفس އެއްކުރި މަސައްކަތުގެ ކުރި عمل ގެ جزاء ދެއްވުމަށެވެ. ހަމަކަށަވަރުން ﷲ تعالى އީ ހިސާބުބެއްލެވުން އަވަސްވެވޮޑިގެންވާ ކަލާނގެއެވެ.
-
14:52
هَـٰذَا بَلَـٰغٌ لِّلنَّاسِ وَلِيُنذَرُوا۟ بِهِۦ وَلِيَعْلَمُوٓا۟ أَنَّمَا هُوَ إِلَـٰهٌ وَٰحِدٌ وَلِيَذَّكَّرَ أُو۟لُوا۟ ٱلْأَلْبَـٰبِ
Haaẓaa Balaag̣ul linnaasi wa-liyuñẓaroo bihee wa-liyaʻlamooo ʹannamaa Huwa ʹIlaahuñw Waaḥiduñw Waliyaẓẓakkara ʹulul ʹalbaab.
މި قرآن މިއީ މީސްތަކުންނަށްވާ އިއްވައިލުމެކެވެ. އެބަހީ: ﷲ تعالى ގެ حضرة ން އެންމެހައި މީސްތަކުންނަށްވާ وعظ އާއި نصيحة އާއި عبرة އަންގަވާ އިއްވަވައިލުމެކެވެ. އަދި އެމީހުން ބިރުވެތިވެ وعظ އާއި نصيحة ލިބިގަންނަހުށިކަމެވެ! އަދި ހަމަކަށަވަރުން ﷲ تعالى އީ ހަމަ އެންމެ إله އަކު ކަން އެމީހުން ދަންނަހުށިކަމެވެ! އަދި ބޯހުރި ބުއްދިވެރި މީހުން نصيحة އާއި وعظ އާއި عبرة ލިބިގަންނަހުރިކަމެވެ! والله أعلم بالصّواب.