Back to Quran

ސޫރަތްތައް 15

Al-Hijr

The Rocky Tract · Makki · 99 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    الٓر ۚ تِلْكَ ءَايَـٰتُ ٱلْكِتَـٰبِ وَقُرْءَانٍ مُّبِينٍ

    ʹAlif-Laaam-Raa. Tilka ʹAayaatul Kitaabi wa-Q̣urʹaanim Mubeen.

    ބައެއް ސޫރަތް ފެށޭތާނގައިވާ الر ފަދަ ވަކިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. އެއީ إلهى ސިއްރުތަކެކެވެ. ދަންނަބޭކަލުން ފައުޅުކޮށްފައިވަނީ خيال ތަކެކެވެ.\nމިއީ ފޮތުގެ އާޔަތްތަކެވެ. (މިތާ މިވާ ފޮތުގެ މުރާދަކީ قرآن ގެ ކުރިން ބާވައިލައްވާފައިވާ توراة، إنجيل ފަދަ ފޮތްފޮތްކަމުގައި ބައެއް مفسّر ން ވިދާޅުވިއެވެ. އޭގެތެރޭގައި أبوجعفر الطبري ވެއެވެ. އަދި އެއީ ހަމަ ސީދާ قرآن ކަމުގައި ވިދާޅުވާ ބޭކަލުންވެއެވެ. އޭގެތެރޭގައި إلإمام الشوكانى ވެއެވެ.) އަދި މިއީ ތެދުމަގާއި هداية ބަޔާންކޮށްދޭ قرآن އެވެ.

  2. 2

    رُّبَمَا يَوَدُّ ٱلَّذِينَ كَفَرُوا۟ لَوْ كَانُوا۟ مُسْلِمِينَ

    Rubamaa yawaddul laẓeena kafaroo law kaanoo Muslimeen.

    ކާފަރުވީ މީސްތަކުންވެސް އެމީހުން مسلم ން ކަމުގައި ވުމަށް ލޯބިކުރެއެވެ. • ދަންނައެވެ! قيامة ދުވަހުން - قبلة ގެ أهل ވެރިންނަށް ކުރެވިފައިވާ ބައެއް ކުށުގެ ސަބަބުން ނަރަކައަށް ވެއްދެވީމާ ނަރަކައިގައި ތިބި ކާފަރުން އެމީހުންނާ ދިމާކޮށް إسلام ވުމުން ވީފައިދާއަކީ ކޮބައިތޯ އަހައި ދިމާކުރުމުން ﷲ تعالى އެ إسلام ން ނަރަކައިން ނެރުއްވާ ވަގުތު ކާފަރުންވެސް مسلم ންކަމުގައި ވީނަމަ ރަނގަޅޭ ހިތަށް އަރާނެއެވެ. އިސްވެދިޔަ އާޔަތުން އެ އިޝާރާތްވަނި އެކަމަށެވެ. والله أعلم.

  3. 3

    ذَرْهُمْ يَأْكُلُوا۟ وَيَتَمَتَّعُوا۟ وَيُلْهِهِمُ ٱلْأَمَلُ ۖ فَسَوْفَ يَعْلَمُونَ

    Ẓarhum yaʹkuloo wa-yatamattaʻoo wa-yulhihimul ʹamalu fasawfa yaʻlamoon.

    (އޭ رسول ﷲ އެވެ!) އެ مشرك ންގެމީހުން ކައިބޮއިހަދާ މަޖާނަގައި އަދި އެމީހުންގެ أمّيد ތަކާއި އަދި خيال ތައް ކުރުމަށް ކަލޭގެފާނު އެމީހުން ދޫކޮށްލައްވާށެވެ! ނިކަންހުރެ އެކަމުގެ (ނަތީޖާ) އެމީހުންނަށް އެނގިދާނެއެވެ.

  4. 4

    وَمَآ أَهْلَكْنَا مِن قَرْيَةٍ إِلَّا وَلَهَا كِتَابٌ مَّعْلُومٌ

    Wa-maaa ʹahlaknaa miñ q̣aryatin ʹillaa wa-lahaa kitaabum maʻloom.

    އަދި ތިމަންރަސްކަލާނގެ ހަލާކު ކުރެއްވި އެއްވެސް أمّة އެއް އެ أمّة އެއް ހަލާކު ކުރެއްވުމަށް ކަނޑައެޅި عَيّن ވެގެންވާ ވަކި ވަގުތެއް ލައްވާފައިމެނުވީ ނުވެއެވެ. (އެބަހީ: ކޮންމެ أمّة އެއް ހަލާކު ކުރެއްވުމަށްވެސް ތިމަންރަސްކަލާނގެ ވަގުތެއް ކަނޑައެޅުއްވީމެވެ.)

  5. 5

    مَّا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَـْٔخِرُونَ

    Maa- tasbiq̣u min ʹummatin ʹAjalahaa wa-maa yastaʹkhiroon.

    އަދި އެއްވެސް أمّة އެއް އެ أمّة އަކަށް ކަނޑައެޅިފައިވާ ވަގުތަށްވުރެ އިސްނުވެއެވެ. އަދި ފަސްވެސް ނުވެއެވެ.

  6. 6

    وَقَالُوا۟ يَـٰٓأَيُّهَا ٱلَّذِى نُزِّلَ عَلَيْهِ ٱلذِّكْرُ إِنَّكَ لَمَجْنُونٌ

    Wa-q̣aaloo yaaaʹayyuhal laẓee nuzzila ʻalayhiẓ Ẓikru ʹinnaka lamajnoon.

    އަދި مكّة ގެ مشرك ން (رسول ﷲ ﷺ އަށް) ދެންނެވިއެވެ. އޭ قرآن އެބޭކަލެއްގެ މައްޗަށް ބާވައިލެއްވި ކަލޭގެފާނެވެ! ހަމަކަށަވަރުން ކަލޭގެފާނަކީ މޮޔައެކެވެ. مَجْنُون އެކެވެ.

  7. 7

    لَّوْ مَا تَأْتِينَا بِٱلْمَلَـٰٓئِكَةِ إِن كُنتَ مِنَ ٱلصَّـٰدِقِينَ

    Law maa- taʹteenaa bil-malaaaʹikati ʹiñ kuñta minaṣ Ṣaadiq̣een?

    ކަލޭގެފާނު އަހުރެމެންގެގާތަށް މަލާއިކަތްބޭކަލަކާ އެކު ވަޑައިގެންނެވިނަމައެވެ. (ނުވަތަ ކަލޭގެފާނުންގެ رسول ކަން ތެދުކަމުގެ މައްޗަށް دليل އެއްގެގޮތުން ملائكة އާ ނުގެންނެވީ ކީއްވެތޯއެވެ؟) ކަލޭގެފާނު ތިޔައީ ތެދުވެރިއެއްކަމުގައިވަންޏާ އެހެން ނުހެއްދެވީ ކީއްވެތޯއެވެ؟

  8. 8

    مَا نُنَزِّلُ ٱلْمَلَـٰٓئِكَةَ إِلَّا بِٱلْحَقِّ وَمَا كَانُوٓا۟ إِذًا مُّنظَرِينَ

    Maa- nunazzilul malaaaʹikata bil-Ḥaq̣q̣i illaa wa-maa kaanooo ʹiẓam muñz̤̣areen!

    (އޭގެ جواب ގައި ﷲ އެ އަންގަވަނީ) حقّ ގޮތުގައިމެނުވީ ތިމަންރަސްކަލާނގެ ملائكة އާ ނުފޮނުއްވަމެވެ. ދެން ملائكة އާ ފޮނުއްވައިފިއްޔާ ދެން އެބަޔަކަށް ތަންވަޅެއް ނުވާނެއެވެ. (ހަލާކުވެ ނިމިދާނެއެވެ.)

  9. 9

    إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَـٰفِظُونَ

    ʹInnaa Naḥnu nazzalnaẓ Ẓikra wa-ʹinnaa lahoo la-Ḥaafiz̤̣oon.

    ހަމަކަށަވަރުން قرآن ބާވައިލެއްވީ ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުންވެސް ތިމަންރަސްކަލާނގެ އެ قرآن ރައްކާތެރިކުރައްވާހުށީމެވެ.

  10. 10

    وَلَقَدْ أَرْسَلْنَا مِن قَبْلِكَ فِى شِيَعِ ٱلْأَوَّلِينَ

    Wa-laq̣ad ʹarsalnaa miñ q̣ablika fee shiyaʻil ʹawwaleen:

    (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނުންގެ ކުރީ أمّة ތަކަށްވެސް ތިމަންރަސްކަލާނގެ رسول ބޭކަލުން ފޮނުއްވީމެވެ.

  11. 11

    وَمَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ

    Wa-maa yaʹteehim mir rasoolin ʹillaa kaanoo bihee yastahziʹoon.

    އަދި އެއިން އެއްވެސް أمّة އަކަށް رسول ބޭކަލަކު ވަޑައިގެންފިއްޔާ އެމީހުން އެބޭކަލަކަށް މަލާމާތްކޮށް ގޮއްވާހަދާފައި މެނުވީ ނުވެއެވެ. (އެބަހީ: ކޮންމެ ބޭކަލަކާމެދުވެސް އެ أمّة ތަކުގެ ބަޔަކު މަލާމާތްކޮށް ހަދައެވެ.)

  12. 12

    كَذَٰلِكَ نَسْلُكُهُۥ فِى قُلُوبِ ٱلْمُجْرِمِينَ

    Kaẓaalika naslukuhoo fee q̣uloobil mujrimeen―

    مجرم ންގެ ހިތްތަކުގައި (ނުބައިނުލަފާ މީހުންގެ ހިތްތަކުގައި) ތިމަންރަސްކަލާނގެ (މަގުފުރެދުން) ލައްވަނީ އެފަދައިންނެވެ.

  13. 13

    لَا يُؤْمِنُونَ بِهِۦ ۖ وَقَدْ خَلَتْ سُنَّةُ ٱلْأَوَّلِينَ

    Laa- yuʹminoona bihee wa-q̣ad khalat sunnatul ʹawwaleen.

    އެމީހުން އެ قرآن ތެދު ނުކުރެއެވެ. އެފޮތަށް އީމާން ނުވެއެވެ. އަދި ހަމަކަށަވަރުން އެފަދަ މީސްތަކުން އިސްވެދިޔަ أمّة ތަކުގައި އިސްވެހިނގައްޖެއެވެ.

  14. 14

    وَلَوْ فَتَحْنَا عَلَيْهِم بَابًا مِّنَ ٱلسَّمَآءِ فَظَلُّوا۟ فِيهِ يَعْرُجُونَ

    Wa-law fataḥnaa ʻalayhim baabam minas samaaaʹi faz̤̣alloo feehi yaʻrujoon.

    އަދި ތިމަންރަސްކަލާނގެ އެމީހުންނަށް އުޑުން ދޮރެއް ހުޅުއްވައިލައްވައިފި ނަމަ އަދި އެދޮރުން އެމީހުން މައްޗަށް އަރާކަމުގައިވެފައި އެމީހުން އެތަން ދުއްނަމަވެސް އެމީހުން ބުނާނެއެވެ.

  15. 15

    لَقَالُوٓا۟ إِنَّمَا سُكِّرَتْ أَبْصَـٰرُنَا بَلْ نَحْنُ قَوْمٌ مَّسْحُورُونَ

    Laq̣aalooo ʹinnamaa sukkirat ʹabṣaarunaa bal naḥnu q̣awmum masḥooroon.

    "އަހުރެމެންގެ ލޯތައް މިވަނީ ފެނުން ނުބައިވެ މަސްތުވެފައެވެ. އަދި ކިއެއްހެއްޔެވެ؟ އަހުރެމެންނަކީ سِحْرُ ޖެހިފައިވާ ބައެކެވެ. (މިފެންނަ ފެނުމަކީ حقّ އެއްނޫނެވެ.) "

  16. 16

    وَلَقَدْ جَعَلْنَا فِى ٱلسَّمَآءِ بُرُوجًا وَزَيَّنَّـٰهَا لِلنَّـٰظِرِينَ

    Wa-laq̣ad jaʻalnaa fis samaaaʹi Buroojañw Wazayyannaahaa linnaaz̤̣ireen;

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އުޑުގައި بُرُجُ ތަކެއްލެއްވީމެވެ. (އެއީ އިރުހަނދާއި ތަރިތައް އަރާއޮއްސުމަށާއި އެތަކެތި ދަތުރުކުރުމަށްވާ މަންޒިލްތަކެވެ. ދަނޑިތަކެވެ.) އަދި ބަލާމީހުންނަށް ރީތިވާގޮތަށް އެއުޑު ތިމަންރަސްކަލާނގެ ޒީނަތްތެރިކުރެއްވީމެވެ.

  17. 17

    وَحَفِظْنَـٰهَا مِن كُلِّ شَيْطَـٰنٍ رَّجِيمٍ

    Wa-hafiz̤̣naahaa miñ kulli Shayṭaanir rajeem:

    އަދި رحمة ން ބޭރުކުރެވި لعنة ލެއްވިފައިވާ ކޮންމެ شيطان އެއްގެފަރާތުން ތިމަންރަސްކަލާނގެ އެއުޑު ސަލާމަތްކުރެއްވީމެވެ.

  18. 18

    إِلَّا مَنِ ٱسْتَرَقَ ٱلسَّمْعَ فَأَتْبَعَهُۥ شِهَابٌ مُّبِينٌ

    ʹIllaa manis taraq̣as samʻa faʹatbaʻahoo shihaabum mubeen.

    އެހުމުން ވައްކަންކުރި شيطان އެއްމެނުވީއެވެ. ފަހެ އެފަދަ شيطان އަކާއި ދިމާއަށް އޭގެއަސަރު ނުފިލާވަރުގެ އަސަރުގަދަ ގިނިހިލައެއް ފޮނުއްވައިލައްވަމެވެ. (އޭތީގެ ގައިގާ ގިނިހިލައިން ޖަހާ އެސޮރު ހަލާކުކޮށްލައްވައެވެ.)

  19. 19

    وَٱلْأَرْضَ مَدَدْنَـٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ شَىْءٍ مَّوْزُونٍ

    Wal-ʹarḍa madadnaahaa wa-ʹalq̣aynaa feehaa rawaasiya wa-ʹambatnaa feehaa miñ kulli shayʹim mawzoon.

    އަދި ބިންގަނޑު (ދަންނައެވެ!) ތިމަންރަސްކަލާނގެ އެބިންގަނޑު ދައްމަވާ ފެތުރުއްވީމެވެ. އަދި އެބިންގަނޑުގައި ތިމަންރަސްކަލާނގެ ފަރުބަދަތައް ޖައްސަވައި ހަރުކުރެއްވީމެވެ. އަދި އެބިންގަނޑުގައި ކޮންމެއެއްޗެއް ކަނޑައެޅި عَيَّن ވެގެންވާ ވަކި މިންވަރަކަށް ވަކި قواعد އަކުން ލެއްވީމެވެ.

  20. 20

    وَجَعَلْنَا لَكُمْ فِيهَا مَعَـٰيِشَ وَمَن لَّسْتُمْ لَهُۥ بِرَٰزِقِينَ

    Wa-jaʻalnaa lakum feehaa maʻaayisha wa-mal lastum lahoo biraaziq̣een.

    އަދި ތިމަންރަސްކަލާނގެ އެބިމުގައި ކަލޭމެންގެ ދިރިއުޅުން ލެއްވީމެވެ. އަދި އެމީހުންނާ އެތަކެއްޗަށް ކަލޭމެން ރިޒުގުދޭން ނުޖެހޭތަކެތީގެ އަދި މީހުންގެ ދިރިއުޅުންވެސް އެތާނގައި ލެއްވީމެވެ. (އެއީ އެންމެހައި ތަކެތީގެ ދިރިއުޅުން އެތާ ލެއްވި ވާހަކައެވެ.) والله أعلم.

  21. 21

    وَإِن مِّن شَىْءٍ إِلَّا عِندَنَا خَزَآئِنُهُۥ وَمَا نُنَزِّلُهُۥٓ إِلَّا بِقَدَرٍ مَّعْلُومٍ

    Wa-ʹim miñ shayʹin ʹillaa ʻiñdanaa khazaaaʹinuh; wa-maa nunazziluhooo ʹillaa biq̣adarim maʻloom.

    އަދި އެއްވެސްއެއްޗެއް އެއެއްޗެއްގެ خزانة ތިމަންރަސްކަލާނގެ حضرة ގައިވާ މެނުވީ ނުވެއެވެ. އެބަހީ: ކޮންމެ އެއްޗެއްގެ خزانة ވެސް ތިމަންރަސްކަލާނގެ حضرة ގައިވެއެވެ. އަދި ކަނޑައެޅި އެނގިގެންވާ މިންވަރަކަށްމެނުވީ ތިމަންރަސްކަލާނގެ އެތަކެތި ބާވައިނުލައްވަމެވެ. (ވާރޭވެސް ހަމައެފަދައެވެ.)

  22. 22

    وَأَرْسَلْنَا ٱلرِّيَـٰحَ لَوَٰقِحَ فَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً فَأَسْقَيْنَـٰكُمُوهُ وَمَآ أَنتُمْ لَهُۥ بِخَـٰزِنِينَ

    Wa-ʹarsalnar riyaaḥa lawaaq̣iḥa faʹañzalnaa minas samaaaʹi maaaʹañ faʹasq̣aynaakumooh: wa-maaa ʹañtum lahoo bikhaazineen.

    އަދި ވިލާގަނޑުގެ ފެނާއި ގަސްގަހުގެ މޭވާ تَلْقِيْحُ ކޮށް ފައްކާކުރާ ވައި ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. ދެން ތިމަންރަސްކަލާނގެ އުޑުން (މަތިން) ވާރޭފެން ބާވައިލައްވަމެވެ. ދެން އެފެން ތިމަންރަސްކަލާނގެ ކަލޭމެނަށް ބޯންދެއްވަމެވެ. އަދި އެފެން ބިމުގައި خزانة ކޮށް ޖަމާކުރެވޭނެބަޔަކު ކަމުގައި ކަލޭމެން ނުވެއެވެ. ނުވަތަ އެވާރޭފެން އަޔަނުދީ ހިފެހެއްޓޭނެ ބަޔަކު ކަމުގައި ކަލޭމެން ނުވެއެވެ. މިދެތަރުޖަމާވެއެވެ.

  23. 23

    وَإِنَّا لَنَحْنُ نُحْىِۦ وَنُمِيتُ وَنَحْنُ ٱلْوَٰرِثُونَ

    Wa-ʹinnaa lanaḥnu nuḥyee wa-numeetu wa-naḥnul waaris̤oon.

    އަދި ހަމަކަށަވަރުން ތަކެތި ދިރުއްވާ މަރުއްވަނީ ހަމަ ތިމަންރަސްކަލާނގެއެވެ. އަދި ހުރިހާތަކެތި ވާރުތަކުރައްވާނީ ހަމަ ތިމަންރަސްކަލާނގެއެވެ.

  24. 24

    وَلَقَدْ عَلِمْنَا ٱلْمُسْتَقْدِمِينَ مِنكُمْ وَلَقَدْ عَلِمْنَا ٱلْمُسْتَـْٔخِرِينَ

    Wa-laq̣ad ʻalimnal mustaq̣dimeena miñkum wa-laq̣ad ʻalimnal mustaʹkhireen.

    އަދި ކަލޭމެން ކުރެން ކުރިން މަރުވެ ހަލާކުވެގެންދިޔަމީހުން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި ކަލޭމެންކުރެ ފަހުން އައިސް މަރުވާނެމީހުންވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.

  25. 25

    وَإِنَّ رَبَّكَ هُوَ يَحْشُرُهُمْ ۚ إِنَّهُۥ حَكِيمٌ عَلِيمٌ

    Wa-ʹinna Rabbaka Huwa yaḥshuruhum: ʹinnahoo Ḥakeemun ʻAleem.

    (އޭ رسول ﷲ އެވެ!) އެހުރިހާ މީހުން قيامة ދުވަހުން އެއްކުރައްވާނީ، محشر ކުރައްވާނީ ހަމަ ކަލޭގެފާނުންގެ ربّ އެވެ. ހަމަކަށަވަރުން އެކަލާނގެއީ حكمة ވަންތަ އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.

  26. 26

    وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ مِن صَلْصَـٰلٍ مِّنْ حَمَإٍ مَّسْنُونٍ

    Wa-laq̣ad khalaq̣nal ʹiñsaana miñ ṣalṣaalim min ḥamaʹim masnoon:

    އަދި تَغَيَّرُ ވެ ނުބައިވަސްދުވާ ކަޅުމަށީގެތެރެއިން ޖަހައިލީމާ އެއިން އަޑުއިވޭ ހަރުމަށިން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. • ދަންނައެވެ! آدم عليه السّلام ހެއްދެވުނު މައްޓާ ބެހޭގޮތުން އައިސްފައިވާ لفظ ތައް ތަފާތުކޮށް އައިސްފައިވެއެވެ. تُرَابُ - طِيْن - حمإ مَسْنُوْن - صَلْصال - މި لفظ ތައް އައިސްފައިވަނީ އެކި ސޫރަތުގައެވެ. ދެންފަހެ މި لفظ ތައް ترجمة ކުރެއްވި ބޭކަލުންގެ ވާހަކަތަކުން އެނގެނީ تُرَاب (ނުވަތަވެލި) ފެނާއެކުވީމާ ކިޔަނީ طِيْن އެވެ. (އެއީ މަށްޓެވެ.) ދެން އެމަށި ގިނައިރުވެ މުޅަވެ ވަސްނުބައިވީމާ އެއީ، حَمإ مَسْنُون އެވެ. (ނުބައިވަސްދުވާ ކަޅުމަށި) ދެން އެހެންހުރެ ގިނައިރު ހުރެ ހަރުވެ ގަދަވީމާ އެއީ صَلْصال އެވެ. މިއީ އެކަލޭގެފާނު ހެއްދެވުނު މަށްޓަށް އައި އެކިއެކި ދައުރެވެ. والله أعلم = زُبْدَة التّفسير =

  27. 27

    وَٱلْجَآنَّ خَلَقْنَـٰهُ مِن قَبْلُ مِن نَّارِ ٱلسَّمُومِ

    Waljaaanna khalaq̣naahu miñ q̣ablu min naaris samoom.

    އަދި އެކަލޭގެފާނުން ހެއްދެވުމުގެކުރިން ތިމަންރަސްކަލާނގެ ޖިންނީންގެ ބައްޕަ جَانُّ އަލިފާނުގެ ހޫނުވައިން ނުވަތަ އަލިފާނުގެ ސާފު ހުޅުގަނޑުން ހެއްދެވީމެވެ.

  28. 28

    وَإِذْ قَالَ رَبُّكَ لِلْمَلَـٰٓئِكَةِ إِنِّى خَـٰلِقٌۢ بَشَرًا مِّن صَلْصَـٰلٍ مِّنْ حَمَإٍ مَّسْنُونٍ

    Wa-ʹiẓ q̣aala Rabbuka lilmalaaaʹikati ʹinnee khaaliq̣um basharam miñ ṣalṣaalim min ḥamaʹim masnoon;

    (އޭ رسول ﷲ އެވެ!) ملائكة ބޭކަލުންނަށް ކަލޭގެފާނުންގެ ربّ وحي ކުރެއްވި ހިނދު ހަނދުމަފުޅުކުރައްވާށެވެ! (އެކަލާނގެ وحي ކުރެއްވިއެވެ.) تَغَيَّر ވެ ވަސްނުބައިވެފައިވާ މަށީގެ ހަރުމަށިން ތިމަންރަސްކަލާނގެ އިންސާނަކު ހައްދަވާހުށީމެވެ.

  29. 29

    فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَـٰجِدِينَ

    Faʹiẓaa sawwaytuhoo wa-nafakhtu feehi mir Rooḥee faq̣aʻoo lahoo saajideen.

    ދެންފަހެ ތިމަންރަސްކަލާނގެ އެއިންސާނާ ހައްދަވައި ފުރިހަމަކުރައްވައި އަދި ތިމަންރަސްކަލާނގެ رُوحُ ން އެއަށް ފުމެލައްވައި ފުރާނައަޅުއްވައިފިއްޔާ ތިޔަބޭކަލުން އެކަލޭގެފާނަށް سجدة ކުރުމަށް ތިރިވާށެވެ! (އޭނާޔަށް إحترام ކުރުމުގެގޮތުން سجدة ކުރާށެވެ!) ދެން އެކަލާނގެ އެކަލޭގެފާނު ހައްދަވާ ފުރިހަމަކުރެއްވުމުން.

  30. 30

    فَسَجَدَ ٱلْمَلَـٰٓئِكَةُ كُلُّهُمْ أَجْمَعُونَ

    Fasajadal malaaaʹikatu kulluhum ʹajmaʻoon.

    ދެންފަހެ އެހުރިހާ ملائكة ބޭކަލުން އެކަލޭގެފާނަށް سجدة ކުރެއްވިއެވެ.

  31. 31

    إِلَّآ إِبْلِيسَ أَبَىٰٓ أَن يَكُونَ مَعَ ٱلسَّـٰجِدِينَ

    ʹIllaaa ʹIblees: ʹabaaa ʹañy yakoona maʻas Saajideen.

    إبليس މެނުވީއެވެ. سجدة ކުރިމީހުންގެތެރޭވުމަށް އޭނާ މަނާވެގެންފިއެވެ. އެބަހީ: އޭނާ سجدة ނުކުރިއެވެ.

  32. 32

    قَالَ يَـٰٓإِبْلِيسُ مَا لَكَ أَلَّا تَكُونَ مَعَ ٱلسَّـٰجِدِينَ

    Q̣aala yaaaʹIbleesu maa- laka ʹallaa takoona maʻas Saajideen?

    ﷲ تعالى وحي ކުރެއްވިއެވެ. "އޭ إبليس އެވެ! سجدة ކުރެއްވި ބޭކަލުންގެތެރެއިން ކަލޭ ނުވާންވީ ކީއްވެގެންހެއްޔެވެ؟ ކަލޭ سجدة ނުކުރާންވީ ކޮންކަމަކާހެދިހެއްޔެވެ؟"

  33. 33

    قَالَ لَمْ أَكُن لِّأَسْجُدَ لِبَشَرٍ خَلَقْتَهُۥ مِن صَلْصَـٰلٍ مِّنْ حَمَإٍ مَّسْنُونٍ

    Q̣aala lam ʹakul liʹasjuda libasharin khalaq̣tahoo miñ ṣalṣaalim min ḥamaʹim masnoon.

    އޭނާ ދެންނެވިއެވެ. "މުޅަވެ ނުބައިވަސްދުވާ މަށީގެ މަށިގަނޑަކުން އިބަރަސްކަލާނގެ ހައްދަވާފައިވާ مخلوق އަކަށް سجدة ކުރާނެ މީހަކުކަމުގައި މިއަޅާ ނުވެއެވެ."

  34. 34

    قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌ

    Q̣aala fakhruj minhaa faʹinnaka rajeem.

    އެކަލާނގެ وحي ކުރެއްވިއެވެ. "ފަހެ ކަލޭ އެސުވަރުގެއިން ނުކުންނާށެވެ! ހަމަކަށަވަރުން ކަލެއަކީ رَجِيْمُ އެވެ." އެބަހީ: رحمة ން ބޭރުވެ لعنة ލެއްވިގެންވާ شيطان އެވެ.

  35. 35

    وَإِنَّ عَلَيْكَ ٱللَّعْنَةَ إِلَىٰ يَوْمِ ٱلدِّينِ

    Wa-ʹinna ʻalaykal laʻnata ʹilaa Yawmid Deen.

    "އަދި ހަމަކަށަވަރުން قيامة ދުވަހާއި ހަމައަށް ކަލެއަށް لعنة ލެއްވިގެންވެއެވެ."

  36. 36

    قَالَ رَبِّ فَأَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ

    Q̣aala Rabbi faʹañz̤̣irneee ʹilaa Yawmi yubʻas̤oon.

    އެސޮރު ދެންނެވިއެވެ. "އޭއަޅުގެ ربّ އެވެ! ފަހެ މީސްތަކުން محشر އަށް ފޮނުވޭދުވަހާ ހަމައަށް މިއަޅާއަށް مُهْلَة ދެއްވާނދޭވެ!"

  37. 37

    قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ

    Q̣aala faʹinnaka minal muñz̤̣areen―

    އެކަލާނގެ وحي ކުރެއްވިއެވެ. ހަމަކަށަވަރުން ކަލޭވަނީ مهلة ދެވިގެންވާ މީހުންގެތެރޭންނެވެ. އެހާ އަވަހަށް ކަލޭ މަރުނުވާނެއެވެ.

  38. 38

    إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ

    ʹIlaa Yawmil Waq̣til Maʻloom.

    އެއީ ކަނޑައެޅި عيّن ވެގެންވާ ވަގުތާއި ހަމައަށެވެ. އެއީ قيامة ދުވަހާއި ހަމައަށެވެ.

  39. 39

    قَالَ رَبِّ بِمَآ أَغْوَيْتَنِى لَأُزَيِّنَنَّ لَهُمْ فِى ٱلْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ

    Q̣aala Rabbi bimaaa ʹag̣waytanee laʹuzayyinanna lahum fil ʹarḍi walaʹug̣wiyannahum ʹajmaʻeen,―

    އޭނާ ދެންނެވިއެވެ. "އޭއަޅުގެ ربّ އެވެ! އިބަރަސްކަލާނގެ މިއަޅާ މަގުފުރައްދަވާ رحمة ން ދުރުކުރެއްވިކަމަށްޓަކައި ހަމަކަށަވަރުން އެމީހުންނަށް ބިމުގައި (އުރެދުންތައް) ޒީނަތްތެރިކޮށްދޭ ހުށީމެވެ. އަދި އެހުރިހާ މީހުން އެކުގައި އަހުރެން މަގުފުރައްދާލާހުށީމެވެ.

  40. 40

    إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ

    ʹIllaa ʻibaadaka minhumul Mukhlaṣeen.

    އެމީހުންކުރެ އިބަރަސްކަލާނގެއަށް إخلاص ތެރި ތެދުވެރި އަޅުންމެނުވީއެވެ."

  41. 41

    قَالَ هَـٰذَا صِرَٰطٌ عَلَىَّ مُسْتَقِيمٌ

    Q̣aala haaẓaa Ṣiraaṭun ʻalayya Mustaq̣eem.

    ﷲ وحي ކުރެއްވިއެވެ. "އެއީ ތިމަންރަސްކަލާނގެ މައްޗަށްވާ حقّ ސީދާމަގެވެ.

  42. 42

    إِنَّ عِبَادِى لَيْسَ لَكَ عَلَيْهِمْ سُلْطَـٰنٌ إِلَّا مَنِ ٱتَّبَعَكَ مِنَ ٱلْغَاوِينَ

    ʹInna ʻibaadee laysa laka ʻalayhim sulṭaanun ʹillaa manit tabaʻaka minal g̣aaween.

    ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް إخلاص ތެރި ތެދުވެރި އަޅުންގެމައްޗަށް ކަލެއަށް އެއްވެސް ބާރެއް ނުވެއެވެ. ހަމައެކަނި حقّ މަގުންނެއްޓި މަގުފުރެދިގެންވާމީހުންކުރެ ކަލެޔާ تبع ވާ މީހެއްގެ މައްޗަށް މެނުވީ ކަލެއަށް ބާރެއް ނުވެއެވެ. (އެފަދަމީހުން ކަލެޔާ نبع ވާނެއެވެ.) "

  43. 43

    وَإِنَّ جَهَنَّمَ لَمَوْعِدُهُمْ أَجْمَعِينَ

    Wa-ʹinna Jahannama lamawʻiduhum ʹajmaʻeen!

    އެހުރިހާމީހުންގެ مَوْعِدُ އަކީ އެމީހުންނަށް وَعْدُ ވެވިގެންވާ ތަނަކީ قيامة ދުވަހުން ހަމަ ނަރަކައެވެ.

  44. 44

    لَهَا سَبْعَةُ أَبْوَٰبٍ لِّكُلِّ بَابٍ مِّنْهُمْ جُزْءٌ مَّقْسُومٌ

    Lahaa sabʻatu ʹAbwaab: likulli Baabim minhum juzʹum maq̣soom.

    އެނަރަކައަށް ހަތްދޮރުވެއެވެ. ހަތްބަތާނަވެއެވެ. އެއިން ކޮންމެ ބަތާނަޔަކަށް އެމީހުންކުރެ ބެހެވި ކަނޑައެޅިގެންވާ ބަޔަކުވެއެވެ. (އެއީ އެމީސްމީހުންގެ عمل ތަކާއި ފާފައިގެ ތަރުތީބުންނެވެ.)

  45. 45

    إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍ وَعُيُونٍ

    ʹInnal Muttaq̣eena fee Jannaatiñw Waʻuyoon.

    ހަމަކަށަވަރުން تقوى ވެރި މާތްމީހުންނަށް قيامة ދުވަހުން ބަގީޗާތަކާއި އާރުތައްވެއެވެ. (ސުވަރުގެތަކާއި އެތަންތާނގައިވާ އެކިއެކި އާރުތަކެވެ.)

  46. 46

    ٱدْخُلُوهَا بِسَلَـٰمٍ ءَامِنِينَ

    ʹUdkhuloohaa bi-Salaamin ʹAamineen.

    (އެދުވަހުން އެމީހުންނަށް އެންގެވޭނެއެވެ.) ސަލާމަތްކަމާއި އަމާންކަމާ އެކު ކަލޭމެން އެސުވަރުގެތަކަށް ވަންނާށެވެ!

  47. 47

    وَنَزَعْنَا مَا فِى صُدُورِهِم مِّنْ غِلٍّ إِخْوَٰنًا عَلَىٰ سُرُرٍ مُّتَقَـٰبِلِينَ

    Wanazaʻnaa maa- fee ṣudoorihim min g̣illin ʹikhwaanan ʻalaa sururim mutaq̣aabileen.

    (އަދި ދުނިޔޭގައި އުޅުނުއިރު އޭގެތެރެއިން އެކަކުގެމައްޗަށް އަނެކެއްގެ ކިބައިގައިވާ) ރުޅިވެރިކަމާއި حسد ވެރިކަން އެމީހުންގެ ހިތްތަކުން ތިމަންރަސްކަލާނގެ ނަންގަވައި ދުރުކުރެއްވީމެވެ. އަދި އެނދުދާންކޮޅުތަކުގެ މަތީގައި އެއްބަޔަކު އަނެއްބަޔަކަށް ކުރިމަތިލައި އެމީހުން ތިބޭނީ أخ ން ކަމުގައިވާ حال ގައެވެ.

  48. 48

    لَا يَمَسُّهُمْ فِيهَا نَصَبٌ وَمَا هُم مِّنْهَا بِمُخْرَجِينَ

    Laa- yamassuhum feehaa naṣabuñw wamaa hum minhaa bimukhrajeen.

    އެމީހުންނަށް އެސުވަރުގޭގައި އެއްވެސް ވަރުބަލިކަމެއް ނުޖެހޭނެއެވެ. އަދި އެމީހުންއެސުވަރުގެއިން ނުކުންނާނޭ ބަޔަކުކަމުގައި ނުވެއެވެ. (އަދި ކިއެއްހެއްޔެވެ؟ دائمى ގޮތެއްގައި އަބަދާއަބަދު އެމީހުން އެސުވަރުގޭގައި އެ نعمة ގައި ދެމިތިބޭހުއްޓެވެ.)

  49. 49

    ۞ نَبِّئْ عِبَادِىٓ أَنِّىٓ أَنَا ٱلْغَفُورُ ٱلرَّحِيمُ

    Nabbiʹ ʻibaadeee ʹanneee ʹan al-G̣afoorur Raḥeem;

    (އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު خبر ދެއްވާށެވެ! ތިމަންރަސްކަލާނގެއީ ހަމަކަނޑައެޅިގެން ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެކަން (އެއީ ތިމަންރަސްކަލާނގެއަށް توبة ވެ ވެވުނު ފާފައިގެމަތީ ދެމިނުތިބޭ މީހުންނަށެވެ.)

  50. 50

    وَأَنَّ عَذَابِى هُوَ ٱلْعَذَابُ ٱلْأَلِيمُ

    Wa-ʹanna ʻAẓaabee huwal ʻAẓaabul ʹaleem.

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ عذاب އެއީ ގަދަފަދަ އަދި ވޭންދެނިވި އެއްޗެއްކަމާއި (އެއީ ފާފަކުރުންމަތީ توبة ނުވެ ދެމިތިބޭމީހުންނަށެވެ.)

  51. 51

    وَنَبِّئْهُمْ عَن ضَيْفِ إِبْرَٰهِيمَ

    Wa-nabbiʹhum ʻañ ḍayfi ʹIbraaheem.

    އަދި ކަލޭގެފާނު އެމީހުންނަށް إبراهيم (عليه السّلام) ގެ މެހުމާނުންގެ خبر ދެއްވާށެވެ! (އެއީ އެކަލޭގެފާނުގެ އަރިހަށް ﷲ ފޮނުއްވި ملائكة ބޭކަލުންނެވެ.)

  52. 52

    إِذْ دَخَلُوا۟ عَلَيْهِ فَقَالُوا۟ سَلَـٰمًا قَالَ إِنَّا مِنكُمْ وَجِلُونَ

    ʹIẓ dakhaloo ʻalayhi faq̣aaloo Salaamaa! Q̣aala ʹinnaa miñkum wajiloon!

    އެބޭކަލުން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވިހިނދުން އެބޭކަލުން سلام ވިދާޅުވިއެވެ. އަދި އެކަލޭގެފާނު (سلام ރައްދުކުރައްވާފައި) ވިދާޅުވިއެވެ. "ހަމަކަށަވަރުން އަހުރެމެން މިވަނީ ތިޔަބޭކަލުންގެ ފަރާތުން ބިރުންނެވެ." (އެކަލޭގެފާނު އެހެން ވިދާޅުވީ އެއީ ކޮންބައެއްކަން އެނގިވަޑައިނުގެންނެވިހިނދުންނެވެ.)

  53. 53

    قَالُوا۟ لَا تَوْجَلْ إِنَّا نُبَشِّرُكَ بِغُلَـٰمٍ عَلِيمٍ

    Q̣aaloo laa- tawjal ʹinnaa nubashshiruka big̣ulaamin ʻaleem.

    އެބޭކަލުން ވިދާޅުވިއެވެ. "ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން ތިމަންބޭކަލުން ކަލޭގެފާނަށް علم ވެރި ދަރިކަލަކު ލިބިވަޑައިގަންނަވާނޭކަމުގެ އުފާވެރި خبر ދެއްވަމެވެ!"

  54. 54

    قَالَ أَبَشَّرْتُمُونِى عَلَىٰٓ أَن مَّسَّنِىَ ٱلْكِبَرُ فَبِمَ تُبَشِّرُونَ

    Q̣aala ʹabashshartumoonee ʻalaaa ʹam massaniyal kibaru fabima tubashshiroon?

    އެކަލޭގެފާނު ވިދާޅުވިއެވެ. "އަހުރެންނަށް މުސްކުޅިކަން އައުމަށްފަހު ތިޔަބޭކަލުން އެކަމުގެ خبر އަހުރެންނަށް ދެއްވަނީތޯއެވެ؟ ތިޔަބޭކަލުން އަހުރެންނަށް ތިޔަ خبر ދެއްވަނީ ކޮންކަމަކުންތޯއެވެ؟"

  55. 55

    قَالُوا۟ بَشَّرْنَـٰكَ بِٱلْحَقِّ فَلَا تَكُن مِّنَ ٱلْقَـٰنِطِينَ

    Q̣aaloo bashsharnaaka bilḥaq̣q̣i falaa takum minal q̣aaniṭeen!

    އެބޭކަލުން ވިދާޅުވިއެވެ. "ތިމަންބޭކަލުން ކަލޭގެފާނަށް މި خبر ދެއްވަނީ ހަމަ حقّ ގޮތުގައެވެ. ފަހެ ﷲ ގެ رحمة ން أمّيد ކަނޑާމީހުންގެތެރެއިން ކަލޭގެފާނުވެވަޑައި ނުގަންނަވާހުށިކަމެވެ.

  56. 56

    قَالَ وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِۦٓ إِلَّا ٱلضَّآلُّونَ

    Q̣aala wa-mañy yaq̣naṭu mir Raḥmati Rabbiheee ʹillaḍ ḍaaalloon?

    އެކަލޭގެފާނު ވިދާޅުވިއެވެ. "މަގުފުރެދިފައިވާ މީހުން މެނުވީ އެމީހެއްގެ ربّ ގެ رحمة ން أمّيد ކަނޑައިލާ މާޔޫސްނުވާނެއެވެ."

  57. 57

    قَالَ فَمَا خَطْبُكُمْ أَيُّهَا ٱلْمُرْسَلُونَ

    Q̣aala famaa khaṭbukum ʹayyuhal Mursaloon?

    އެކަލޭގެފާނު يعني: إبراهيم عليه السّلام ވިދާޅުވިއެވެ. "އޭ ފޮނުއްވިގެންވާ ބޭކަލުންނޭވެ! ތިޔަބޭކަލުން ވަޑައިގަތުމުގެ ބޭނުންފުޅަކީ އަދި مقصد އަކީ ކޮބައިތޯއެވެ؟" (މިހެން އެކަލޭގެފާނު ވިދާޅުވީ އެއީ ملائكة ބޭކަލުންކަން އެނގިވަޑައިގަތުމަށްފަހުގައެވެ.)

  58. 58

    قَالُوٓا۟ إِنَّآ أُرْسِلْنَآ إِلَىٰ قَوْمٍ مُّجْرِمِينَ

    Q̣aalooo ʹinnaaa ʹursilnaaa ʹilaa q̣awmim mujrimeen.

    އެބޭކަލުން ވިދާޅުވިއެވެ. "ހަމަކަށަވަރުން ތިމަންބޭކަލުން ފޮނުއްވިގެންވަނީ ނުބައިވެގެންވާ قوم އަކަށެވެ. مجرم ބަޔަކުއުޅޭ قوم އެއް ހަލާކުކުރެއްވުމަށެވެ." (އެއީ لوط عليه السّلام ގެ قوم އެވެ.)

  59. 59

    إِلَّآ ءَالَ لُوطٍ إِنَّا لَمُنَجُّوهُمْ أَجْمَعِينَ

    ʹIllaa ʹAala Looṭ: ʹinnaa lamunajjoohum ʹajmaʻeen,―

    "لوط عليه السّلام އާއި އެކަލޭގެފާނުންގެ آل ން މެނުވީއެވެ. އެކަލޭގެފާނާއި تبع ވެ إيمان ވީމީހުން މެނުވީއެވެ. ހަމަކަށަވަރުން ތިމަންބޭކަލުން އެ އެންމެން ސަލާމަތްކުރައްވާހުށީމެވެ.

  60. 60

    إِلَّا ٱمْرَأَتَهُۥ قَدَّرْنَآ ۙ إِنَّهَا لَمِنَ ٱلْغَـٰبِرِينَ

    ʹIllam raʹatahoo q̣addarnaaa ʹinnahaa laminal g̣aabireen.

    އެކަލޭގެފާނުންގެ އަނބިކަނބަލުން މެނުވީއެވެ. އެކަމަނާޔާމެދު ނިޔާކުރެވިގެންވަނީ ހަމަކަށަވަރުން އެކަމަނާ ވާނީ ބާކީވެތިބި މީހުންގެ ތެރެއިންކަމަށެވެ. ހަލާކުވާމީހުންގެތެރެއިންވާނޭކަމަށެވެ."

  61. 61

    فَلَمَّا جَآءَ ءَالَ لُوطٍ ٱلْمُرْسَلُونَ

    Falammaa jaaaʹa ʹAala Looṭinil mursaloon.

    ،(62) ދެންފަހެ ފޮނުއްވިގެންވާ ملائكة ބޭކަލުން لوط عليه السّلام ގެ آل ންގެއަރިހަށް ވަޑައިގެންނެވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. "ހަމަކަށަވަރުން ތިޔަބޭކަލުންނަކީ إنكار ވެވިގެންވާ ބައެކެވެ. ނޭނގޭ ބައެކެވެ."

  62. 62

    قَالَ إِنَّكُمْ قَوْمٌ مُّنكَرُونَ

    Q̣aala ʹinnakum q̣awmum muñkaroon.

    ،(62) ދެންފަހެ ފޮނުއްވިގެންވާ ملائكة ބޭކަލުން لوط عليه السّلام ގެ آل ންގެއަރިހަށް ވަޑައިގެންނެވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. "ހަމަކަށަވަރުން ތިޔަބޭކަލުންނަކީ إنكار ވެވިގެންވާ ބައެކެވެ. ނޭނގޭ ބައެކެވެ."

  63. 63

    قَالُوا۟ بَلْ جِئْنَـٰكَ بِمَا كَانُوا۟ فِيهِ يَمْتَرُونَ

    Q̣aaloo bal jiʹnaaka bimaa kaanoo feehi yamtaroon.

    އެބޭކަލުން ވިދާޅުވިއެވެ. "އަދި ކިއެއްހެއްޔެވެ. ތިމަންބޭކަލުން ކަލޭގެފާނުންގެ އަރިހަށް މިއައީ ކަލޭގެފާނުންގެ قوم ގެމީހުން އެކަމަކާއިމެދު ޝައްކުކުރާ ކަންތަކާއިމެދުގައެވެ. عذاب އާއިގެންނެވެ.

  64. 64

    وَأَتَيْنَـٰكَ بِٱلْحَقِّ وَإِنَّا لَصَـٰدِقُونَ

    Wa-ʹataynaaka bil-Ḥaq̣q̣i wa-ʹinnaa laṣaadiq̣oon.

    އަދި ތިމަންބޭކަލުން ކަލޭގެފާނުންގެ އަރިހަށް މިވަޑައިގެންނެވީ حقّ އާއިގެންނެވެ. (އެ حقّ އަކީ عذاب އެވެ.) އަދި ހަމަކަށަވަރުން ތިމަންބޭކަލުންނީ ހަމަ ތެދުވެރީންނީމުއެވެ.

  65. 65

    فَأَسْرِ بِأَهْلِكَ بِقِطْعٍ مِّنَ ٱلَّيْلِ وَٱتَّبِعْ أَدْبَـٰرَهُمْ وَلَا يَلْتَفِتْ مِنكُمْ أَحَدٌ وَٱمْضُوا۟ حَيْثُ تُؤْمَرُونَ

    Faʹasri biʹahlika biq̣iṭʻim minal layli wattabiʻ adbaarahum wa-laa yaltafit miñkum ʹaḥaduñw wamḍoo ḥays̤u tuʹmaroon.

    ފަހެ ރޭގަނޑުގެ (އަނދިރިކަންގަދަ) ވަގުތެއްގައި ކަލޭގެފާނު ކަލޭގެފާނުންގެ أهل ވެރިންނާއިގެން (މިރަށުން ނުކުމެވަޑައިގެން) ހިންގަވާފައި ވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނު އެމީހުންގެ يعني: أهل ވެރިންގެ ފަހަތުގައި تبع ވެވަޑައިގެން ހުންނަވާށެވެ. އަދި ކަލޭމެންކުރެ އެކަކުވެސް އެނބުރި ފަހަތަށް ނުބައްލަވާށެވެ! އަދި ކަލޭމެނަށް أمر ވެވުނުފަދައަކުން އަމުރުވެވުނުތަނަށް އަވަސްއަވަހަށްވަޑައިގަންނަވާށެވެ!

  66. 66

    وَقَضَيْنَآ إِلَيْهِ ذَٰلِكَ ٱلْأَمْرَ أَنَّ دَابِرَ هَـٰٓؤُلَآءِ مَقْطُوعٌ مُّصْبِحِينَ

    Wa-q̣aḍaynaaa ʹilayhi ẓaalikal ʹamra ʹanna daabira haaaʹulaaaʹi maq̣ṭooʻum muṣbiḥeen.

    އަދި ތިމަންރަސްކަލާނގެ އެކަން އެކަލޭގެފާނަށް އަންގަވާ وحي ކުރެއްވީމެވެ. އެކަމަކީ ހަމަކަށަވަރުން މިބައިމީހުން - (لوط قوم ގެ ކާފަރުން) ފަތިސްކުރާ حال މަރުވެ ހަލާކުވެގެންދާނެއެވެ.

  67. 67

    وَجَآءَ أَهْلُ ٱلْمَدِينَةِ يَسْتَبْشِرُونَ

    Wa-jaaaʹa ʹahlul Madeenati yastabshiroon.

    އަދި އެރަށުގެ أهل ވެރިން އުފާކުރާ حال (لوط ގެފާނުންގެ އަރިހަށް) އަތުވެއްޖެއެވެ. (އެއީ އެކަލޭގެފާނު އަރިހަށް ވަޑައިގެންނެވި ملائكة ބޭކަލުން ރީތި ފިރިހެނުންގެ صورة ގައިވާތީ އެމީހުންގެ ގަޔަށް އަރާ فاحش ކަންތައް ކުރަންވެގެންނެވެ. އެރަށުގެ މީހުންނަކީ عامّ ކޮށް ފިރިހެނުންނާ އެޅޭ މީހުންނެވެ. އަންހެނުންގެ ބޭނުން ނުކުރެއެވެ. އެމީހުން ހަލާކުވެގެންދިޔައީ އެކަމުގެ ސަބަބުންނެވެ. މި ملائكة ބޭކަލުންނަކީ އެމީހުންނަށް عذاب އާއިގެން ވަޑައިގެންނެވި ބޭކަލުންނެވެ. އެއީ ملائكة ންކަމެއް އަދި އޭރު لوط ގެފާނަށްވެސް އެނގިވަޑައިނުގަންނަވައެވެ.)

  68. 68

    قَالَ إِنَّ هَـٰٓؤُلَآءِ ضَيْفِى فَلَا تَفْضَحُونِ

    Q̣aala ʹinna haaaʹulaaaʹi ḍayfee falaa tafḍaḥoon:

    ދެންފަހެ لوط عليه السّلام (އެމީހުންނަށް) ވިދާޅުވިއެވެ. "ހަމަކަށަވަރުން މިބޭކަލުންނަކީ ތިމަންކަލޭގެފާނުންގެ މެހްމާނުންނެވެ. ފަހެ ކަލޭމެން ތިމަންކަލޭގެފާނު فضيحة ނުކުރާށެވެ! (އެމީހުން ގަޔަށް އަރަން ނުއުޅޭށެވެ!)

  69. 69

    وَٱتَّقُوا۟ ٱللَّهَ وَلَا تُخْزُونِ

    Wattaq̣ul laaha wa-laa tukhzoon.

    "އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! އަދި ތިމަންކަލޭގެފާނު ދެރަކޮށް ނިކަމެތިކޮށް ނުހަދާށެވެ!"

  70. 70

    قَالُوٓا۟ أَوَلَمْ نَنْهَكَ عَنِ ٱلْعَـٰلَمِينَ

    Q̣aalooo ʹawalam nanhaka ʻanil ʻaalameen?

    އެމީހުން (އެކަލޭގެފާނަށް) ދެންނެވިއެވެ. "ދުނިޔޭގެ މީސްތަކުން މެހްމާނުން ކަމުގައި ހެއްދެވުން އަހުރެމެން ކަލޭގެފާނަށް މަނާ ނުކުރަންތޯއެވެ؟" (އެބަހީ: އެކަން އޮންނާނީ ކަލޭގެފާނަށް މަނާކޮށްފައެވެ.)

  71. 71

    قَالَ هَـٰٓؤُلَآءِ بَنَاتِىٓ إِن كُنتُمْ فَـٰعِلِينَ

    Q̣aala haaaʹulaaaʹi banaateee ʹiñ kuñtum faaʻileen.

    އެކަލޭގެފާނު ވިދާޅުވިއެވެ. "މިތިބީ އަހުރެންގެ އަންހެންދަރިންނެވެ. ކަލޭމެން އަހުރެންގެ أمر އަށް ކިޔަމަންވަންޏާ އެކަންކުރާށެވެ." (އެކުދިންނާ އިންނާށެވެ.)

  72. 72

    لَعَمْرُكَ إِنَّهُمْ لَفِى سَكْرَتِهِمْ يَعْمَهُونَ

    Laʻamruka ʹinnahum lafee sakratihim yaʻmahoon.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ عُمُرُ ފުޅު (حياة ޕުޅު) ގަންދެއްވައި ހުވައި وحي ކުރައްވަމެވެ. ހަމަކަށަވަރުން އެމީހުން އެވަނީ އެމީހުންގެ މަސްތުގައި / އަދި އެމީހުންގެ މަގުފުރެދުމުގައި ދެފުށުއެޅިއެޅިއެވެ. އަދިރިވެފައެވެ.

  73. 73

    فَأَخَذَتْهُمُ ٱلصَّيْحَةُ مُشْرِقِينَ

    Faʹakhaẓathumuṣ Ṣayḥatu mushriq̣een.

    އަދި އިރުއަރާވަގުތު އެމީހުންނަށް عذاب ގެ އަޑުފަށްގަނޑު އައިސް ޖެހިއްޖެއެވެ

  74. 74

    فَجَعَلْنَا عَـٰلِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهِمْ حِجَارَةً مِّن سِجِّيلٍ

    Fajaʻalnaa ʻaaliyahaa saafilahaa wa-ʹamṭarnaa ʻalayhim ḥijaaratam miñ sijjeel.

    ފަހެ އެރަށުގެ މަތީފުށް ދަށްފުށަށް ތިމަންރަސްކަލާނގެ ޖެއްސެވީމެވެ. (جبريل عليه السّلام ގެ ފިޔަފުޅުން އެރަށް އުފުއްލަވައި އުޑާ ހަމައަށް ނަންގަވައި އަނެއްފުށަށް ޖެއްސެވިކަމުގައިވިއެވެ.) އަދި މަށިހިލައިގެ ވާރޭ އެރަށުގެމައްޗަށް ތިމަންރަސްކަލާނގެ ވެއްސެވީމެވެ.

  75. 75

    إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّلْمُتَوَسِّمِينَ

    ʹInna fee ẓaalika laʹAayaatil lilmutawassimeen.

    ހަމަކަށަވަރުން ވިސްނާ ފިކުރުކޮށް ކަންކަމުން عبرة حاصل ކުރާމީހުންނަށް އެކަންތަކުގައި ކަނޑައެޅި بيان ވެގެންވާ ދަލީލުވެއެވެ.

  76. 76

    وَإِنَّهَا لَبِسَبِيلٍ مُّقِيمٍ

    Wa-ʹinnahaa labisabeelim muq̣eem.

    އަދި ހަމަކަށަވަރުން އެރަށްވަނީ އެބަހީ: لوط عليه السّلام ގެ قوم ގެމީހުން އުޅުނުރަށް سَدُوْمُ ވަނީ ކަނޑައެޅި ބަޔާންވެގެންވާ މަގެއްގައެވެ. (އެއީ قريش ން شام ކަރަޔަށްދާމަގެވެ. އަދި މިވާހަކަވެސް قرآن ގެ ކިތަންމެތާކު ތަފާތު عبارة ން އައިސްފައިވެއެވެ.)

  77. 77

    إِنَّ فِى ذَٰلِكَ لَـَٔايَةً لِّلْمُؤْمِنِينَ

    ʹInna fee ẓaalika laʹAayatal lil-Muʹmineen.

    ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: لوط قوم ގެމީހުންނާމެދު ތިމަންރަސްކަލާނގެ މިކަންތައް ގެންދެވިގޮތުގައި) مؤمن ންނަށް بيان ވެގެންވާ دليل އާއި حجّة ވެއެވެ. عبرة ވެއެވެ.

  78. 78

    وَإِن كَانَ أَصْحَـٰبُ ٱلْأَيْكَةِ لَظَـٰلِمِينَ

    Wa-ʹiñ kaana ʹAṣḥaabul ʹAykati laz̤̣aalimeen.

    އަދި ހަމަކަށަވަރުން أَيْكَة ގެ އެކުވެރިންވީ އަނިޔާވެރިންކަމުގައެވެ. (أَيْكَة އަކީ ގަސްބޮނޑިއެވެ. ބޯގަސްތަކެވެ. އެރަށަކީވެސް شُعَيْبُ عليه السّلام رسول ކަމާއިގެން ފޮނުއްވި ރަށެއްކަމުގައިވިއެވެ. އެހެންވީއިރު شُعَيْبُ عليه السّلام رسول ކަމާއިގެން ފޮނުއްވިފައިވަނީ ދެރަށަށްކަމުގައިވިއެވެ. އެއީ مَدْيَن އާއި أَيْكَة އެވެ. އެވާހަކަ تفسير الطبري ގައި بيان ވެގެންވެއެވެ.)

  79. 79

    فَٱنتَقَمْنَا مِنْهُمْ وَإِنَّهُمَا لَبِإِمَامٍ مُّبِينٍ

    Fañtaq̣amnaa minhum. Wa-ʹinnahumaa labiʹimaamim mubeen.

    ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެ ކިބައިން ބަދަލުހިއްޕެވީމެވެ. (އެއީ އެމީހުން ކާފަރުވުމުގެ ސަބަބުން عذاب ފޮނުއްވައި ހަލާކު ކުރެއްވުމެވެ.) އަދި ހަމަކަށަވަރުން އެދެރަށް ވަނީ بيان ވެގެންވާ މަގެއްގެމަތީގައެވެ. (އެބަހީ: މި أَيْكَة ކިޔަރަށާއި لوط قوم ގެމީހުން އުޅުނު ރަށާއި ދެރަށްވަނީ މީސްތަކުން عامّ ކޮށް ދަތުރުފަތުރުކޮށްއުޅޭ މަގެއްގައެވެ. މަގަށް إمام ކިޔާފައިވަނީ إمام އަކީވެސް މީހުން އޭނާޔާ تبع ވާމީހެކެވެ. މަގަކީވެސް އޭގެމަތީގައި މީހުން تبع ވެގެން ހިނގާއެއްޗެއްކަމުގައިވާތީއެވެ. والله أعلم)

  80. 80

    وَلَقَدْ كَذَّبَ أَصْحَـٰبُ ٱلْحِجْرِ ٱلْمُرْسَلِينَ

    Wa-laq̣ad kaẓẓaba ʻAṣḥaabul ḤIJRIL mursaleen:

    އަދި الحِجْرُ ގެ أهل ވެރިން އެމީހުންގެގާތަށް ﷲ ފޮނުއްވި رسول އެމީހުން ދޮގުކޮށްފިއެވެ. (އެއީ صالح عليه السّلام އެވެ. الحِجْرُ އަކީ صالح ގެފާނުން ފޮނުއްވުނު ރަށަށް ކިޔާނަމެކެވެ.)

  81. 81

    وَءَاتَيْنَـٰهُمْ ءَايَـٰتِنَا فَكَانُوا۟ عَنْهَا مُعْرِضِينَ

    Wa-ʹaataynaahum ʹAayaatinaa fakaanoo ʻanhaa muʻriḍeen.

    އަދި ތިމަންރަސްކަލާނގެ دليل ތައް އެމީހުންނަށް ދެއްވީމެވެ. (އެއީ صالح ގެފާނުންގެ رسول ކަމުގެ ތެދުކަމުގެމައްޗަށް دليل ކުރާ معجزة ތަކާއި حجّة ތަކެވެ.) އަދި އެމީހުންވީ އެ އެންމެހައި دليل ތަކުން އެނބުރި ފުރަގަސްދިން ބަޔަކުކަމުގައެވެ. އެ دليل ތައް ދޮގުކުރި ބަޔަކު ކަމުގައެވެ.

  82. 82

    وَكَانُوا۟ يَنْحِتُونَ مِنَ ٱلْجِبَالِ بُيُوتًا ءَامِنِينَ

    Wa-kaanoo yanḥitoona minal jibaali buyootan ʹaamineen.

    އަދި އެމީހުންވީ ފަރުބަދަތައް ކަނޑައި ކޮށައިގެން އަމާންވަނޭ ގެތައް ހެދިބަޔަކު ކަމުގައެވެ. (އެމީހުން ހީކުރީ އެގެތައް ﷲ ގެ عذاب ން ނުވަތަ މަރުވުމުން އެމީހުން އަމާންކޮށްދީ ސަލާމަތްކޮށްދޭނޭ ކަމަށެވެ. އެކަމަކު ﷲ ގެ عذاب އައިހިނދުން އެއިން އެއްވެސް ފައިދާއެއް ނުކުރިއެވެ.)

  83. 83

    فَأَخَذَتْهُمُ ٱلصَّيْحَةُ مُصْبِحِينَ

    Faʹakhaẓathumuṣ Ṣayḥatu muṣbiḥeen.

    ފަހެ ފަތިސްވަގުތު އެމީހުންނަށް ހަލާކުގެ އަޑުފަށްގަނޑު އައިސްޖެހިއްޖެއެވެ.

  84. 84

    فَمَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يَكْسِبُونَ

    Famaaa ʹag̣naa ʻanhum maa kaanoo yaksiboon!

    ފަހެ އެމީހުންކުރި (ނުބައި عمل ތައް) އެމީހުން عذاب ން ސަލާމަތްކޮށް ނުދިނެވެ. އެ عمل ތަކުން އެމީހުންނަށް އެއްވެސް ކަމެއް ނުފުދުނެވެ.

  85. 85

    وَمَا خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ ۗ وَإِنَّ ٱلسَّاعَةَ لَـَٔاتِيَةٌ ۖ فَٱصْفَحِ ٱلصَّفْحَ ٱلْجَمِيلَ

    Wa-maa khalaq̣nas samaawaati wal-ʹarḍa wa-maa baynahumaaa ʹillaa bilḥaq̣q̣. Wa-ʹinnas Saaʻata laʹaatiyatuñ faṣfaḥiṣ ṣafḥal jameel.

    އަދި އުޑުތަކާއި ބިން އަދި އެދެމެދުގައިވާހާ ތަކެތިވެސް ހަމަ حقّ ގޮތުގައި މެނުވީ ތިމަންރަސްކަލާނގެ ނުހައްދަވަމެވެ. عدل ވެރިގޮތުގައި މެނުވީ ނުހައްދަވަމެވެ. (އެބަހީ: ތިމަންރަސްކަލާނގެ އެ ހަލާކުކުރެއްވި أمّة ތައް ހަލާކު ކުރައްވާފައިވާނީ ހަމަ عدل ވެރިގޮތުގައެވެ.) އަދި ހަމަކަށަވަރުންވެސް قيامة ދުވަހަކީ އަންނާނެ ދުވަހެއްކަން ކަށަވަރެވެ. ފަހެ ކަލޭގެފާނު ރަނގަޅު ރިވެތިގޮތުން އެމީސްތަކުންނަށް معاف ކުރާށެވެ! عفو ކުރައްވާށެވެ! އެ مشرك ންގެފަރާތުން އެނބުރިވަޑައިގަންނަވާށެވެ! (އެބަހީ: އެމީހުންގެ ހަލާކަށް އެދިވަޑައި ނުގަންނަވާށެވެ!)

  86. 86

    إِنَّ رَبَّكَ هُوَ ٱلْخَلَّـٰقُ ٱلْعَلِيمُ

    ʹInna Rabbaka Huwal Khallaaq̣ul ʻAleem.

    ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެއީ ހުރިހާތަކެތި ހައްދަވައި އަދި އެންމެހައިކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.

  87. 87

    وَلَقَدْ ءَاتَيْنَـٰكَ سَبْعًا مِّنَ ٱلْمَثَانِى وَٱلْقُرْءَانَ ٱلْعَظِيمَ

    Wa-laq̣ad ʹaataynaaka Sabʻam minal mas̤aanee wal-Q̣urʹaanal ʻAz̤̣eem.

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް السَّبْعُ اْلمَثَانِى އާއި ބޮޑުވެގެންވާ މާތް قرآن ދެއްވީމެވެ. • ދަންނައެވެ. السَّبْعُ اْلمَثَانِى އާއިމެދު تفسير علم ވެރިންގެ ބަސް ތަފާތެވެ. އެތަނުން ބުރަވެވޭބަހަކީ راحِجُ • ބަހަކީ އެއީ سورة الفاتحة އެވެ. الحمد އެވެ.

  88. 88

    لَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِۦٓ أَزْوَٰجًا مِّنْهُمْ وَلَا تَحْزَنْ عَلَيْهِمْ وَٱخْفِضْ جَنَاحَكَ لِلْمُؤْمِنِينَ

    Laa- tamuddanna ʻaynayka ʹilaa maa- mattaʻnaa biheee ʹazwaajam minhum wa-laa taḥzan ʻalayhim wakhfiḍ janaaḥaka lil-Muʹmineen.

    އަދި އެމީހުންކުރެ މުދާވެރި މުއްސަނދި މީހުންނަށް ތިމަންރަސްކަލާނގެ ދެއްވާފައިވާ ތަކެއްޗަށް ކަލޭގެފާނުންގެ ލޯފުޅު ނުދައްމަވާށެވެ! އެއަށް ނުބައްލަވާށެވެ! އަދި އެމީހުންގެ މައްޗަށް ކަލޭގެފާނު ހިތާމަފުޅު ނުކުރައްވާށެވެ! އަދި مؤمن ންނަށްޓަކައި ކަލޭގެފާނުންގެ ފިޔަފުޅު ތިރިކުރައްވާށެވެ! (އެމީހުންނަށް އޯގާވެރިވެވަޑައިގަންނަވާށެވެ! އެމީހުންނާމެދު ހަރުކަށިވެވަޑައި ނުގަންނަވާށެވެ!)

  89. 89

    وَقُلْ إِنِّىٓ أَنَا ٱلنَّذِيرُ ٱلْمُبِينُ

    Wa-q̣ul ʹinneee ʹanan naẓeerul mubeen,―

    (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު މިއީ بيان ވެގެންވާ نَذير އެވެ. (ﷲ އަށް ނުކިޔަމަންތެރިވީމީހުންނަށް އެކަލާނގެ ކޯފާއާއި عذاب ހުރިކަމުގެ ބިރުވެރި خبر ދޭ މީހާއެވެ.)

  90. 90

    كَمَآ أَنزَلْنَا عَلَى ٱلْمُقْتَسِمِينَ

    Kamaaa ʹañzalnaa ʻalal muq̣tasimeen,―

    އެއީ مُقْتَسِمُ ންގެ މައްޗަށްވެސް ތިމަންރަސްކަލާނގެ عذاب ފޮނުއްވި ފަދައިންނެވެ.

  91. 91

    ٱلَّذِينَ جَعَلُوا۟ ٱلْقُرْءَانَ عِضِينَ

    ʹAllaẓeena jaʻalul Q̣urʹaana ʻi-ḍeen.

    އެމީހުންނަކީ قرآن ބައިބަޔަށް (އީމާންވާބަޔަކަށާއި އީމާންނުވެވޭނެ ބަޔަކަށް) ބައިބައިކޮށް ބެހިމީހުންނެވެ. • ދަންނައެވެ. مُقْتَسِمُ ގެ لفظ ގެ ترجمة އަކީ ބައިބަޔަށް ބަހާމީހާއެވެ. ދެންފަހެ އެ لفظ ން މުރާދުކުރެވޭ ބަޔަކާއިމެދު مفسّر ންގެ ބަސްތަފާތެވެ. އެއީ (1) يهودي ންނާއި نصارى އިން ކަމުގައި ވިދާޅުވި ބޭކަލުންވެއެވެ. އެމީހުންވެސް އެ قرآن ގެ އެއްބަޔަށް إيمان ވެ އަނެއްބަޔަށް ކާފަރުވީއެވެ. އަދި އެމީހުން އެމީހުންގެ ފޮތްވެސް ބެހީއެވެ. ބައިބައިކޮށް އެއްބަޔަށް إيمان ވެ އަނެއްބަޔަށް ކާފަރުވީއެވެ. އަދި އެއީ (2) قريش ންގެ ބަޔަކުކަމުގައިވެސް ބުނެވުނެވެ. އެމީހުންވެސް އެއްބަޔަށް އީމާންވެ އަނެއްބަޔަށް ކާފަރު ވީކަމުގައި ވިއެވެ. އަދި އެއީ (3) صالح عليه السّلام ގެ قوم ގެ ބައެއްކަމުގައިވެސް ބުނެވުނެވެ. އަދިވެސް ކިތައްމެގޮތަކަށް ބުނެވިފައިވެއެވެ. ފަހެ ކީރިތި قرآن ގެ އެއްބައި ތެދުކޮށް އަނެއްބައި ދޮގުކުރި ކޮންމެބަޔަކުވެސް މީގެތެރެއަށް ވަންނާނެކަމުގައި مفسّر أبو حَعْفَرُ الطّبرى އެކަލޭގެފާނުންގެ تفسير ގައި ވިދާޅުވެފައިވެއެވެ. (ދެން އަޅުގަޑުމެން ދިވެހިންނޯ؟؟؟ ބައެއް އަޅުކަން އޭގައިވާގޮތަށް ކުރަންކަމުގޮސްފައި ބައެއް ޙުކުމް އޭގައިވާގޮތަށްކުރާކަށް ކަމަކުނުދިޔައެވެ. މަރަށް މަރުހިފުން - ވައްކަންކުރީމާ އަތްކެޑުން ޒިނޭގެ ޙައްދު ޤަވާޢިދުން ޤާއިމުކުރުން މަގުފޭރޭމީހުންގެ ކަންތައް ދެންމިހެންގޮސް......والله أعلم)

  92. 92

    فَوَرَبِّكَ لَنَسْـَٔلَنَّهُمْ أَجْمَعِينَ

    Fawa-Rabbika lanasʹalannahum ʹajmaʻeen.

    ،(93) ފަހެ ކަލޭގެފާނުންގެ ربّ ގަންދެއްވައި ހުވައި وحي ކުރައްވަމެވެ. ނިކަންހުރެ ހަމަކަށަވަރުން އެމީހުންނާ (يعني: قرآن ބައިބަޔަށް ހެދިމީހުންނާ) آخرة ދުވަހުން ތިމަންރަސްކަލާނގެ ސުވާލުކުރާ ހުށީމެވެ. އެއީ ދުނިޔޭގައި ތިބެގެން އެމީހުން އެކުރަމުންދާ ކަންތަކާއި ބެހޭގޮތުންނެވެ.

  93. 93

    عَمَّا كَانُوا۟ يَعْمَلُونَ

    ʻAmmaa kaanoo yaʻmaloon.

    ،(93) ފަހެ ކަލޭގެފާނުންގެ ربّ ގަންދެއްވައި ހުވައި وحي ކުރައްވަމެވެ. ނިކަންހުރެ ހަމަކަށަވަރުން އެމީހުންނާ (يعني: قرآن ބައިބަޔަށް ހެދިމީހުންނާ) آخرة ދުވަހުން ތިމަންރަސްކަލާނގެ ސުވާލުކުރާ ހުށީމެވެ. އެއީ ދުނިޔޭގައި ތިބެގެން އެމީހުން އެކުރަމުންދާ ކަންތަކާއި ބެހޭގޮތުންނެވެ.

  94. 94

    فَٱصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ ٱلْمُشْرِكِينَ

    Faṣdaʻ bimaa tuʹmaru wa-ʹaʻriḍ ʻanil mushrikeen.

    ފަހެ ކަލޭގެފާނު ކަލޭގެފާނަށް أمر ވެވުނު ކަންތައްކުރައްވާށެވެ! އަދި مشرك ންގެކިބައިން އެނބުރި ދުރުވެވަޑައިގަންނަވާށެވެ! • ދަންނައެވެ! މިއާޔަތަކީ نبي ކަމުގެ ކުރީކޮޅުގެ آية އެއްކަމުން މިބާވަތުގެ މާނައިގައިވާ އެންމެހައި އާޔަތެއްގެ حكم ހަނގުރާމައިގެ އާޔަތް ބާވައިލެއްވުމުން منسوخ ވެގެންވެއެވެ. މިހާރުއޮތީ مشرك ންނާ ދިމާކުރާ حكم އެވެ. توبة ސޫރަތުގެ އާޔަތްތަކުން އެގޮތް ރަނގަޅަށް ހާމަވެއެވެ. والله أعلم.

  95. 95

    إِنَّا كَفَيْنَـٰكَ ٱلْمُسْتَهْزِءِينَ

    ʹInnaa kafaynaakal mustahziʹeen.

    ހަމަކަށަވަރުން ކަލޭގެފާނަށާއި، އަދި އިސްލާމްދީނަށް މަލާމާތްކުރާމީހުންގެ ފަރާތުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފުއްދަވާދެއްވާހުށީމެވެ.

  96. 96

    ٱلَّذِينَ يَجْعَلُونَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ ۚ فَسَوْفَ يَعْلَمُونَ

    ʹAllaẓeena yajʻaloona maʻal laahi ʹilaahan ʹaakhar: fasawfa yaʻlamoon.

    އެމީހުންނަކީ ﷲ އާ އެކު އެހެން إله އެއްވެސް ހިފާ إختيار ކުރާމީހުންނެވެ. ފަހެ ނިކަންހުރެ އެމީހުން އެކުރާ ކަންތަކުގެ (ނުބައިކަން) آخرة ދުވަހުން އެމީހުންނަށް އެނގޭނެއެވެ.

  97. 97

    وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ

    Wa-laq̣ad naʻlamu ʹannaka yaḍeeq̣u ṣadruka bimaa yaq̣ooloon.

    (އޭ رسول ﷲ އެވެ!) އެމީހުން އެބުނާ ތަކެތީން ކަލޭގެފާނުންގެ ހިތްޕުޅު ނުތަނަވަސްވާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.

  98. 98

    فَسَبِّحْ بِحَمْدِ رَبِّكَ وَكُن مِّنَ ٱلسَّـٰجِدِينَ

    Fasabbiḥ biḥamdi Rabbika wa-kum minas Saajideen.

    ފަހެ ކަލޭގެފާނު ކަލޭގެފާނުންގެ ربّ އަށް حمد ކުރުމާ އެކު تسبيح ވިދާޅުވާށެވެ! އަދި سجدة ކުރާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!

  99. 99

    وَٱعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ ٱلْيَقِينُ

    Waʻbud Rabbaka ḥattaa yaʹtiyakal yaq̣een.

    އަދި ކަލޭގެފާނަށް يقين އަތުވެއްޖައުމަށްދާންދެން އެބަހީ: ކަލޭގެފާނު އަވަހާރަވެއްޖައުމަށްދާންދެން ކަލޭގެފާނު ކަލޭގެފާނުންގެ ربّ އަށް އަޅުކަންކުރައްވާށެވެ!