Back to Quran

ޖުޒްއު

Juz 15

17:1 ... 18:74 · 185 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

  1. Surah Al-IsraBegins here at 17:1

  2. 17:1

    سُبْحَـٰنَ ٱلَّذِىٓ أَسْرَىٰ بِعَبْدِهِۦ لَيْلًا مِّنَ ٱلْمَسْجِدِ ٱلْحَرَامِ إِلَى ٱلْمَسْجِدِ ٱلْأَقْصَا ٱلَّذِى بَـٰرَكْنَا حَوْلَهُۥ لِنُرِيَهُۥ مِنْ ءَايَـٰتِنَآ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ

    Subḥaanal laẓeee ʹasraa biʻAbdihee laylam minal Masjidil Ḥaraami ʹilal Masjidil ʹAq̣ṣal laẓee baaraknaa ḥaw-lahoo linuriyahoo min ʹAayaatinaa: ʹinnahoo Huwas Sameeʻul Baṣeer.

    ރޭގަނޑެއްގެ ވަގުތުކޮޅެއްގައި އެކަލާނގެ އަޅާ محمّد ﷺ، مكّة ގައި ހުންނަ مَسْجِدُ اْلحَرَام ން بَيْتُ اْلمَقْدِس ގައި ހުންނަ مَسْجِدُ اْلأَقْصَى އަށް ގެންދެވި ކަލާނގެ ހުސް طاهر ވަންތަކަމާއެވެ! އެ مَسْجِدُ اْلأَقْصَى އަކީ އެތާނގެ ވަށައިގެން ތިމަންރަސްކަލާނގެ بركاة ލައްވާފައިވާ ތަނެކެވެ. (އެއީ މޭވާއާއި ފެނުގެ މުއްސަނދިކަމާއި އަދި نبي ބޭކަލުންނާއި صالح ބޭބޭކަލުން އުޅުއްވި ތަންތަން އެތާވާތަނެކެވެ. ދުނިޔެއާއި آخرة ގެ ހެޔޮއެކުލެވިގެންވާ ތަނެކެވެ.) ދެންފަހެ ތިމަންރަސްކަލާނގެ އަޅާ އެގެންދެވީ ތިމަންރަސްކަލާނގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ ބައެއް دليل އާއި عجائبات އެކަލޭގެފާނަށް ދެއްކެވުމަށެވެ. ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.

  3. 17:2

    وَءَاتَيْنَا مُوسَى ٱلْكِتَـٰبَ وَجَعَلْنَـٰهُ هُدًى لِّبَنِىٓ إِسْرَٰٓءِيلَ أَلَّا تَتَّخِذُوا۟ مِن دُونِى وَكِيلًا

    Wa-ʹaataynaa Moosal Kitaaba wa-jaʻalnaahu Hudal li-Baneee ʹIsraaaʹeela ʹallaa tat-takhiẓoo miñ doonee wakeelaa.

    އަދި ތިމަންރަސްކަލާނގެ موسى عليه السّلام އަށް توراة ދެއްވީމެވެ. އަދި އެފޮތް އެއީ بني إسرائيل ންނަށްވާ ތެދުމަގެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. (އަދި އެމީހުންނަށް އެންގެވީމެވެ.) ތިމަންރަސްކަލާނގެ ފިޔަވައި ކަލޭމެން شريك އަކު އެބަހީ- ކަންކަމުގައި ބަރޯސާކޮށް حوال ކުރާނެ އެހެންފަރާތެއް إختيار ނުކުރާށެވެ!

  4. 17:3

    ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ ۚ إِنَّهُۥ كَانَ عَبْدًا شَكُورًا

    Ẓurriyyata man ḥamalnaa maʻa Nooḥ! ʹInnahoo kaana ʻabdañ shakooraa.

    އޭ نوح عليه السّلام އާއިއެކު ނައުކޮޅުގައި ތިމަންރަސްކަލާނގެ އުފުއްލެވިމީހުންގެ ދަރިންނޭވެ! (އެބަހީ: އެންމެހައި މީސްތަކުންނޭވެ! ކަލޭމެން ﷲ އަށް شكر ކުރާށެވެ!) ހަމަކަށަވަރުން އެކަލޭގެފާނުވެވަޑައިގަންނަވަނީ - އެބަހީ: نوح عليه السّلام ވެވަޑައިގެންނެވީ ގިނަގިނައިން ﷲ އަށް شكر ކުރައްވާ އަޅަކުކަމުގައެވެ.

  5. 17:4

    وَقَضَيْنَآ إِلَىٰ بَنِىٓ إِسْرَٰٓءِيلَ فِى ٱلْكِتَـٰبِ لَتُفْسِدُنَّ فِى ٱلْأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّا كَبِيرًا

    Wa-q̣aḍaynaaa ʹilaa Baneee ʹIsraaaʹeela fil kitaabi latufsidunna fil ʹarḍi marratayni wa-lataʻlunna ʻuluwwañ kabeeraa!

    އަދި موسى عليه السّلام އަށް ބާވައިލެއްވި ފޮތުގައި އެބަހީ: توراة ގައި بني إسرائيل ންގެ މީހުން ބިމުގައި يعني: بيت المقدس ގައި ދެފަހަރެއްގެމަތީ ﷲ އަށް އުރެދި فساد ވެރިކަން އުފައްދާނެކަމަށް ނިޔާކުރައްވައި ނިންމަވާފައިވާނެއެވެ. އަދި ވަރަށްބޮޑަށް (މީސްތަކުންގެމައްޗަށް) ބޮޑާވެ كِبْرُ ވެރިވާނެކަމަށް ނިންމެވީމެވެ. (އެމީހުން أشعياء قتل ކޮށް أرْمِيَاء ހައްޔަރުކޮށް ހެދިކަމުގައިވިއެވެ.)

  6. 17:5

    فَإِذَا جَآءَ وَعْدُ أُولَىٰهُمَا بَعَثْنَا عَلَيْكُمْ عِبَادًا لَّنَآ أُو۟لِى بَأْسٍ شَدِيدٍ فَجَاسُوا۟ خِلَـٰلَ ٱلدِّيَارِ ۚ وَكَانَ وَعْدًا مَّفْعُولًا

    Faʹiẓaa jaaaʹa waʻdu ʹulaahumaa baʻas̤naa ʻalaykum ʻibaadal lanaaa ʹulee baʹsiñ shadeediñ fajaasoo khilaalad diyaar; wa-kaana waʻdam mafʻoolaa.

    ދެންފަހެ އެދެފަހަރުންކުރެ ފުރަތަމަފަހަރު އައިހިނދު (އެބަހީ: ފުރަތަމަފަހަރު އެމީހުން އުރެދި ބިމުގައި ފަސާދަކުރިހިނދުން) އެމީހުންގެމައްޗަށް (އެމީހުން ހަލާކުކުރުމަށް) ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިން ވަރަށްގަދަފަދަ ބާރުހުރި އަޅަކު ފޮނުއްވީމެވެ. އެމީހުންގެމައްޗަށް ފާކުރެއްވީމެވެ. (އެމީހަކީ بَابِل ކަރައިގެ بُخْتُنَصْرُ އާއި އޭނާގެ لشكر ކަމުގައި ބުނެވުނެވެ. މިއީ ވަރަށް إختلاف ހުރި ވާހަކަތަކެކެވެ. والله أعلم بالصّواب)\nދެންފަހެ އެމީހުން އަރައިގަނެ ގޯތިގެދޮރުގެތެރެއަށް ވަދެ މީހުންތައް މަރާ ތަންތަން ހަލާކުކުރިކަމުގައިވިއެވެ. އަދި އެކަމަކީ ހަމަ ކޮންމެހެން ހިނގާނެކަމެއްކަމުގައި وعد ވެވިގެންވީ ކަމެކެވެ.

  7. 17:6

    ثُمَّ رَدَدْنَا لَكُمُ ٱلْكَرَّةَ عَلَيْهِمْ وَأَمْدَدْنَـٰكُم بِأَمْوَٰلٍ وَبَنِينَ وَجَعَلْنَـٰكُمْ أَكْثَرَ نَفِيرًا

    S̤umma radadnaa lakumul karrata ʻalayhim wa-ʹamdadnaakum̃ biʹamwaaliñw wabaneena wa-jaʻalnaakum ʹaks̤ara nafeeraa.

    ދެން އަލުންވެސް (އޭ بني إسرائيل ންނޭވެ!) އެމީހުންގެމައްޗަށް ތިމަންރަސްކަލާނގެ ކަލޭމެން ގަދަކުރައްވައި ވެރިކަމާއި ބާރު ކަލޭމެނަށް ރައްދުކުރެއްވީމެވެ. އަދި މުދަލާއި ދަރީންނުން ތިމަންރަސްކަލާނގެ ކަލޭމެންނަށް مدد ކޮށްދެއްވައި ގަދަކުރެއްވީމެވެ. އަދި ހަނގުރާމައިގެ عدد ގިނަބަޔަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭމެން ލެއްވީމެވެ.

  8. 17:7

    إِنْ أَحْسَنتُمْ أَحْسَنتُمْ لِأَنفُسِكُمْ ۖ وَإِنْ أَسَأْتُمْ فَلَهَا ۚ فَإِذَا جَآءَ وَعْدُ ٱلْـَٔاخِرَةِ لِيَسُـۥٓـُٔوا۟ وُجُوهَكُمْ وَلِيَدْخُلُوا۟ ٱلْمَسْجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٍ وَلِيُتَبِّرُوا۟ مَا عَلَوْا۟ تَتْبِيرًا

    ʹIn ʹaḥsañtum ʹaḥsañtum liʹañfusikum; wa-in ʹasaʹtum falahaa. Faʹiẓaa jaaaʹa waʻdul ʹaakhirati liyasoooʹu wujoohakum wa-liyadkhulul Masjida kamaa dakhaloohu ʹawwala marratiñw waliyutabbiroo maa- ʻalaw tatbeeraa.

    ކަލޭމެން (ބަހާއި عمل ގެގޮތުން) ރަނގަޅުކޮށް ހެޔޮކޮށް ކަންތައްތައްކުރަންޏާ އެކަމުގެ ހެޔޮކަމާއި ރަނގަޅުކަން އަދި އޭގެ ދަރުމަޔާއި ثواب ހުންނަހުށީ ހަމަ ކަލޭމެންގެ نفس ތަކަށެވެ. އަދި ކަލޭމެން ނުބައިނުލަފާކޮށް ކަންތައްތައްކުރިއްޔާ އެކަމުގެ ނުބައިކަމާއި ދެރަކަން އޮންނާނީ ހަމަ ކަލޭމެންގެ نفس ތަކަށެވެ. ދެންފަހެ ދެވަނަފަހަރު (بني إسرائيل ންގެމީހުން ބިންމަތި ފަސާދަކޮށް ﷲ ގެ أمر ފުޅުތަކަށް އުރެދުމުގެ وقت އައިހިނދުން އެކަން އައީ (އޭ بني إسرائيل ންނޭވެ!) ކަލޭމެންގެ ބޮޑެތިބޮޑެތި މީހުން ދެރަކޮށް މޫނުތައް ނުބައިކުރުމަށެވެ. އެމީހުންގެ ބޮޑާކަމަށްފަހު ދެރަކޮށް ނިކަމެތި ކުރުމަށެވެ. އަދި އެ عدواة ތެރިން އަރައިގެންއައިސް بَيْتُ المقدس ގައިވާ مَسْجِدُ اْلأَقْصَى ކުރީފަހަރުވެސް އެއައި عدوّ ން ހަލާކުކުރިފަދައިން ހަލާކުކޮށް އެމީހުން އެއެރި ހުރިހާތަނެއް މުޅިން ބަރުބާދުކޮށް ސުންނާފަތިކުރުމަށެވެ. • ދަންނައެވެ. بني إسرائيل ން ދެވަނަފަހަރު ކުރި އެންމެބޮޑު فَسَاد އަކީ يَحْى عليه السّلام قتل ކޮށް توراة ގެ حكم ތަކަށް އުރެދުންކަމުގައިވެއެވެ. އެފަހަރު އެމީހުންގެމައްޗަށް ﷲ ފާކުރެއްވީ مَلِكُ الرُّوم ކަމުގައި ބުނެވުނެވެ. -والله أعلم ކޮންމެއަކަސް މިވާހަކަތަކަކީ ވަރަށް إختلاف ވެވިފައިވާ ވާހަކަތަކެކެވެ.

  9. 17:8

    عَسَىٰ رَبُّكُمْ أَن يَرْحَمَكُمْ ۚ وَإِنْ عُدتُّمْ عُدْنَا ۘ وَجَعَلْنَا جَهَنَّمَ لِلْكَـٰفِرِينَ حَصِيرًا

    ʻAsaa Rabbukum ʹañy yarḥamakum; wa-ʹin ʻuttum ʻudnaa. Wa-jaʻalnaa Jahannama lilkaafireena ḥaṣeeraa.

    (އޭ بني إسرائيل ންނޭވެ!) ކަލޭމެންގެ ربّ ކަލޭމެންނަށް رحمة ލެއްވުން أمّيد ކުރެވެއެވެ. (ކަލޭމެން توبة ވެ ﷲ ގެ މަގަށް رجوع ވުމުން އެކަލާނގެ ކަލޭމެނަށް رحمة ލައްވާނެތެވެ.) އަދި ކަލޭމެން ކަލޭމެންގެ އުރެދުމާއި مَعْصِيَة ގެތެރެއަށް އަލުންވެސް رجوع ވެ އެފަދަ ކަންތައްތައްކުރަންޏާ ތިމަންރަސްކަލާނގެވެސް ކަލޭމެން ނިކަމެތިކުރެއްވުމާއި، قتل ކުރެއްވުމާއި، އަޅުވެތިވުމުގެމައްޗަށް رجوع ވާހުށީމެވެ. (ޖަޒާ، عمل އާއި އެއްގޮތަށެވެ.) އަދި ނަރަކަ އެއީ ކާފަރުވެއްޖެބަޔަކަށްވާ ޖަލެއްކަމުގައި ނުވަތަ އެމީހުން އޮށޯންނަ ކުނަލެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.

  10. 17:9

    إِنَّ هَـٰذَا ٱلْقُرْءَانَ يَهْدِى لِلَّتِى هِىَ أَقْوَمُ وَيُبَشِّرُ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّـٰلِحَـٰتِ أَنَّ لَهُمْ أَجْرًا كَبِيرًا

    ʹInna haaẓal Q̣urʹaana yahdee lillatee hiya ʹaq̣wamu wa-yubashshirul Muʹmineenal laẓeena yaʻmaloonaṣ ṣaaliḥaati ʹanna lahum ʹajrañ kabeeraa;

    ހަމަކަށަވަރުން މި ކީރިތި قرآن މަގުދައްކަނީ ހަމަ އެންމެ ސީދާ ތެދުމަގަށެވެ. އަދި إيمان ވެގެން صالح عمل ކުރާ މީސްތަކުންނަށް ހަމަކަށަވަރުންވެސް ބޮޑުވެގެންވާ ދަރުމަޔާއި ثواب އެއް ހުރިކަމުގެ އުފާވެރިކަމުގެ خبر މި قرآن ދެއްވައެވެ.

  11. 17:10

    وَأَنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا

    Waʹannal laẓeena laa- yuʹminoona bil-ʹAakhirati ʹaʻtadnaa lahum ʻAẓaaban ʹaleemaa.

    އަދި ހަމަކަށަވަރުން آخرة ދުވަހަށް إيمان ނުވާ މީސްތަކުން (ދަންނައެވެ!) ވޭންދެނިވި عذاب އެއް ތިމަންރަސްކަލާނގެ އެމީހުނަށް ތައްޔާރުކުރީމެވެ.

  12. 17:11

    وَيَدْعُ ٱلْإِنسَـٰنُ بِٱلشَّرِّ دُعَآءَهُۥ بِٱلْخَيْرِ ۖ وَكَانَ ٱلْإِنسَـٰنُ عَجُولًا

    Wa-yadʻul ʹiñsaanu bishsharri duʻaaʹahoo bilkhayr; wa-kaanal ʹiñsaanu ʻajoolaa.

    އަދި އޭނާއަށް رحمة ލައްވާ ހެޔޮކަންތަކަށް دعاء ކުރާފަދައިން އޭނާގެ މައްޗަށް ނުބައި ކަންތައް ދިމާކުރެއްވުމަށްވެސް އޭނާ دعاء ކުރެއެވެ. (އެއީ ހިތްދަތިވެ ދެރަވާ ކަންތައް ދިމާވީމާ ތިމާގެ نفس އަށް ހަލާކާއި مصيبة އައުމަށް دعاء ކުރުމެވެ.) އަދި އިންސާނާ ވަނީ އަވަސްމީހަކު ކަމުގައެވެ. (ކެތްތެރިކަންކުޑަ މީހަކުކަމުގައެވެ.)

  13. 17:12

    وَجَعَلْنَا ٱلَّيْلَ وَٱلنَّهَارَ ءَايَتَيْنِ ۖ فَمَحَوْنَآ ءَايَةَ ٱلَّيْلِ وَجَعَلْنَآ ءَايَةَ ٱلنَّهَارِ مُبْصِرَةً لِّتَبْتَغُوا۟ فَضْلًا مِّن رَّبِّكُمْ وَلِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ ۚ وَكُلَّ شَىْءٍ فَصَّلْنَـٰهُ تَفْصِيلًا

    Wa-jaʻalnal Layla wan-Nahaara ʹAayatayni famaḥawnaaa ʹAayatal Layli wa-jaʻalnaaa ʹAayatan Nahaari mubṣiratal litabtag̣oo faḍlam mir rabbikum wa-litaʻlamoo ʻadadas sineena walḥisaab: wa-kulla shayʹiñ faṣṣalnaahu tafṣeelaa.

    އަދި ރޭގަނޑާއި ދުވާލު އެއީ (ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމުގެ) ދެ علامة ކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި ރޭގަނޑުކަމުގައިވާ علامة ތިމަންރަސްކަލާނގެ އަނދިރިކުރެއްވީމެވެ. އަދި ދުވާލުކަމުގައިވާ علامة ތިމަންރަސްކަލާނގެ ލެއްވީ ތަކެތި ފެންނަގޮތަށް އަލިކޮންނެވެ. (އަދި ރޭގަނޑުގެ علامة އެއީ ހަނދުކަމާއި ދުވާލުގެ علامة އެއީ އިރުކަމުގައި ވިދާޅުވާ ބޭކަލުންވެސްވެއެވެ. والله أعلم) ދެންފަހެ އެކަންތައްތައް އެފަދައިންލެއްވީ ކަލޭމެން ކަލޭމެންގެ ربّ ގެ فضل ވަންތަކަން އެދިގަނެ އެކަންކަން ލިބިގަތުމަށާއި އަދި އަހަރުތަކުގެ عدد ދެނެގަތުމަށާއި މައްސަރުތަކާއި ދުވަސްތަކުގެ ހިސާބު ދެނެގަތުމަށެވެ. އަދި ކޮންމެއެއްޗެއްވެސް އެ އެއްޗެއް تفصيل ކޮށް ތިމަންރަސްކަލާނގެ بيان ކޮށްދެއްވީމެވެ.

  14. 17:13

    وَكُلَّ إِنسَـٰنٍ أَلْزَمْنَـٰهُ طَـٰٓئِرَهُۥ فِى عُنُقِهِۦ ۖ وَنُخْرِجُ لَهُۥ يَوْمَ ٱلْقِيَـٰمَةِ كِتَـٰبًا يَلْقَىٰهُ مَنشُورًا

    Wa-kulla ʹiñsaanin ʹalzamnaahu ṭaaaʹirahoo fee ʻunuq̣ih: wa-nukhriju lahoo Yawmal Q̣iyaamati kitaabañy yalq̣aahu mañshooraa.

    އަދި ކޮންމެ އިންސާނަކަށްވެސް އޭނާކުރާނެ عمل އެއް އޭނާގެ ކަރުގައި ތިމަންރަސްކަލާނގެ އެޅުއްވީމެވެ. (އެއީ އޭނާ ދުނިޔެއަށް ފޮނުއްވިއިރުގައެވެ.) އަދި ފަތުރައިލެވިފައިވާ ފަތެއް قيامة ދުވަހުން ތިމަންރަސްކަލާނގެ އޭނާއަށް ނެރެދެއްވާހުށީމެވެ. (އެއީ އޭނާކުރި عمل ގެފަތެވެ.)

  15. 17:14

    ٱقْرَأْ كِتَـٰبَكَ كَفَىٰ بِنَفْسِكَ ٱلْيَوْمَ عَلَيْكَ حَسِيبًا

    ʹIq̣raʹ kitaabaka kafaa binafsikal yawma ʻalayka ḥaseebaa.

    (قيامة ދުވަހުން އޭނާއަށް އެންގޭނެއެވެ.) ކަލޭ ކަލޭގެ ފަތްކިޔާށެވެ. މިއަދު ކަލޭގެ نفس ގެ މައްޗަށް ހިސާބުކުރާމީހަކުކަމުގައި އެފަތް ފުދޭނެއެވެ.

  16. 17:15

    مَّنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۗ وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا

    Manih tadaa faʹinnamaa yahtadee linafsih: Wa-mañ ḍalla faʹinnamaa yaḍillu ʻalayhaa: wa-laa taziru waaziratuñw wizra ʹukhraa: wa-maa kunnaa muʻaẓẓibeena ḥattaa nabʻas̤a rasoolaa.

    ފަހެ ތެދުމަގު ލިބިގެންފިމީހާ (ދަންނައެވެ!) އެކަމުގެ ދަރުމަޔާއި ސަވާބުހުރިކަން ކަށަވަރީ ހަމަ އޭނާގެ އަމިއްލަ نفس އަށެވެ. އަދި މަގުފުރެދިއްޖެމީހާވެސް (ދަންނައެވެ!) ހަމަކަށަވަރުން އެކަމުގެ ގެއްލުމާއި ހަލާކު ހުންނަހުރީ ހަމައެމީހެއްގެ نفس އަށެވެ. އަދި ފާފައިގެ ބުރަ އުފުލާމީހަކު އެހެންމީހެއްގެ ފާފައިގެ ބުރަ ނުއުފުލާނެއެވެ. އަދި ތިމަންރަސްކަލާނގެ رسول އަކު ފޮނުއްވައިފުމަށްދާންދެން ދެން އޭގެފަހުގައި މެނުވީ (މީސްތަކުންނަށް) عذاب ދެއްވާކަލަކުކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންނުވެއެވެ. (އެބަހީ: މީސްތަކުންގެ ގާތަށް رسول ބޭކަލަކު ފޮނުއްވައި އެމީހުން އެބޭކަލަކަށް ނުކިޔަމަންތެރިވުމަށްފަހު މެނުވީ ތިމަންރަސްކަލާނގެ މީސްތަކުންނަށް عذاب ނުދެއްވާހުށީމެވެ.)

  17. 17:16

    وَإِذَآ أَرَدْنَآ أَن نُّهْلِكَ قَرْيَةً أَمَرْنَا مُتْرَفِيهَا فَفَسَقُوا۟ فِيهَا فَحَقَّ عَلَيْهَا ٱلْقَوْلُ فَدَمَّرْنَـٰهَا تَدْمِيرًا

    Wa-ʹiẓaaa ʹaradnaaa ʹan nuhlika q̣aryatan ʹamarnaa mutrafeehaa fafasaq̣oo feehaa faḥaq̣q̣a ʻalayhal q̣awlu fadammarnaahaa tadmeeraa.

    އަދި ރަށެއް ހަލާކުކުރެއްވުމަށް ތިމަންރަސްކަލާނގެ އިރާދަކުރައްވައިފިއްޔާ އެރަށެއްގައި ތިބި مُتْرَفُ ންނަށް (ﷲ އަށް ކިޔަމަންތެރިވުމަށް) أمر ކުރައްވައެވެ. (مُتْرَفُ ންނަކީ ނުބައި ނުލަފާ جبّار ންނާއި ކަންކަމަށް ވެރިވެފައިވާ ބޮޑެތިމީހުންނާއި އަނިޔާވެރި ރަސްކަލުންނާއި ނުބައި ނުލަފާ މުއްސަނދިންނެވެ. އެމީހުންނަކީ ދުނިޔޭގެ حياة ގައި ގިނަ نعمة ލިބި އެކަމުގައި ތަނަވަސްވެ ބޮޑާވެ އަޗާތަޅާމީހުންނެވެ. جملة ކޮށް ބުނާނަމަ ތަނުގައި ބަސްކިޔާމީހުންކުރެ ތަނަވަސްކަމުގައި އުޅޭ ނުބައިމީހުންނެވެ. والله أعلم) ދެންފަހެ މިބައިމީހުން އެރަށުގައި ނުބައިކަންތައްތައްކޮށް ރަށް ފާސިދުކޮށްފާނެއެވެ. ދެން އެހައިރުން އެބައިމީހުންގެމައްޗަށް ކޯފާގެ ބަސްފުޅު حقّ ވެދެއެވެ. ދެން އެކީއެކައްޗަކަށް ތިމަންރަސްކަލާނގެ އެރަށެއް ހަލާކުކުރައްވައި ބަރުބާދުކުރައްވަމެވެ.

  18. 17:17

    وَكَمْ أَهْلَكْنَا مِنَ ٱلْقُرُونِ مِنۢ بَعْدِ نُوحٍ ۗ وَكَفَىٰ بِرَبِّكَ بِذُنُوبِ عِبَادِهِۦ خَبِيرًۢا بَصِيرًا

    Wa-kam ʹahlaknaa minal q̣urooni mim baʻdi Nooḥ? Wa-kafaa bi-Rabbika biẓunoobi ʻibaadihee Khabeeram Baṣeeraa.

    އަދި نوح عليه السّلام އަށްފަހު ވަރަށްގިނަ أمّة ތައް ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ. (އެއީ އެމީހުން ފާފަވެރިވެ ނުކިޔަމަންތެރިވުމުންނެވެ.) އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ އެކަލާނގެ އަޅުތަކުންގެ ފާފަތައް ދެނެވޮޑިގެންވާ އަދި އެކަމުގެ خبر ކުރައްވާނޭކަލަކުކަމުގައި ފުދިވޮޑިގެންވެއެވެ. އެއްވެސް ކަމެއް އެކަލާނގެއަށް ސިއްރުވެގެން ނުވެއެވެ.

  19. 17:18

    مَّن كَانَ يُرِيدُ ٱلْعَاجِلَةَ عَجَّلْنَا لَهُۥ فِيهَا مَا نَشَآءُ لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُۥ جَهَنَّمَ يَصْلَىٰهَا مَذْمُومًا مَّدْحُورًا

    Mañ kaana yureedul ʻaajilata ʻajjalnaa lahoo feehaa maa- nashaaaʹu liman nureedu s̤umma jaʻalnaa lahoo Jahannam: yaṣlaahaa maẓmoomam madḥooraa.

    މިއަވަސްވެގެންވާ ދުނިޔޭގެ حياة ގެ ލާބަޔާއި منفع އަށް އެދޭމީހަކަށްވިއްޔާ ތިމަންރަސްކަލާނގެ އެދިވޮޑިގެންނެވިވަރަކަށް އެދިވޮޑިގެންނެވި އަޅަކަށް މިދުނިޔެއިން ދެއްވާހުށީމެވެ. ދެން އޭނާއަށް قيامة ދުވަހުން ތިމަންރަސްކަލާނގެ ލައްވާހުށީ ނަރަކައެވެ. ނިކަމެތިވެ މަލާމާތްލިބި ﷲ ގެ رحمة ން ދުރުވެގެންވާ حال އޭނާ އެނަރަކައަށް ވަންނަހުއްޓެވެ.

  20. 17:19

    وَمَنْ أَرَادَ ٱلْـَٔاخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُو۟لَـٰٓئِكَ كَانَ سَعْيُهُم مَّشْكُورًا

    Wa-man ʹaraadal ʹAakhirata wa-saʻaa lahaa saʻyahaa wa-huwa Muʹminuñ faʹulaaaʹika kaana saʻyuhum mashkooraa.

    އެމީހަކު إيمان ވެގެންވާ حال އަދި آخرة ގެ ދަރުމަޔާ ثواب އެދިގެން އެ آخرة އަށްޓަކައި آخرة ގައި كامياب ވާފަދަ عمل ތައް ކޮށްފިމީހާ ދަންނައެވެ! ފަހެ އެފަދަމީހުންގެ عمل ތަކާއި މަސައްކަތްތައް އެއީ شكر ވެރިވެވޭނޭ عمل އެވެ. (ﷲ تعالى އެފަދަމީހުންނަށް ސުވަރުގޭގެ نعمة ތައް ދެއްވާނެތެވެ.)

  21. 17:20

    كُلًّا نُّمِدُّ هَـٰٓؤُلَآءِ وَهَـٰٓؤُلَآءِ مِنْ عَطَآءِ رَبِّكَ ۚ وَمَا كَانَ عَطَآءُ رَبِّكَ مَحْظُورًا

    kullan numiddu haaaʹulaaaʹi wa-haaaʹulaaaʹi min ʻaṭaaaʹi rabbik: Wa-maa kaana ʻaṭaaaʹu Rabbika maḥz̤̣ooraa.

    އަދި އެމީހުންނަށާއި (އެބަހީ: ދުނިޔެ އެދިގެން މަސައްކަތްކުރިމީހުންނަށާއި) އަދި މިމީހުންނަށް (އެބަހީ: آخرة އެދިގެން آخرة އަށްޓަކައި މަސައްކަތްކުރިމީހުންނަށާއި ދެބައިމީހުންކުރެ ކޮންމެ ބަޔަކަށްވެސް ކަލޭގެފާނުންގެ ربّ ގެ ދެއްވުންތަކުން އެކަލާނގެ مدد ކޮށްދެއްވައެވެ. (ކޮންމެ ބަޔަކަށްވެސް އެބަޔަކު އެދޭގޮތަކަށް ކުރިޔަށް ދިއުމުގެ ތަނަވަސްކަންދެއްވައެވެ.) އަދި ކަލޭގެފާނުންގެ ربّ ގެ އެދެއްވާ ދެއްވުންތައް (ދުނިޔޭގައި) ވަކިމަދުނުކުރައްވައެވެ. (ކާފަރަކަށްވިޔަސް مشرك އަކަށްވިޔަސް ވަކިމަދުނުކުރައްވައެވެ. އިރާދަކުރެއްވި ވަރަކަށް ދެއްވައެވެ.)

  22. 17:21

    ٱنظُرْ كَيْفَ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ ۚ وَلَلْـَٔاخِرَةُ أَكْبَرُ دَرَجَـٰتٍ وَأَكْبَرُ تَفْضِيلًا

    ʹUñz̤̣ur kayfa faḍḍalnaa baʻḍahum ʻalaa baʻḍ: wa-lalʹAakhiratu ʹakbaru darajaatiñw waʹakbaru tafḍeelaa.

    (އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ އޭގެ އެއްބައެއްގެ މައްޗަށް އަނެއްބަޔަކު މާތްކުރައްވާ މަތިވެރިކުރައްވާފައިވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ނިކަން ދެކެވަޑައިގެންބައްލަވާށެވެ! އަދި (آخرة އެދޭބަޔަކަށް) ހަމަކަށަވަރުންވެސް آخرة ގެ ދަރަޖަތައް އަދި އެތާނގެ ثواب އާއި ދަރުމަ މާބޮޑުވެގެންވެއެވެ. މާތްކުރެއްވުމާއި މަތިވެރިކުރެއްވުން މާބޮޑުވެގެންވެއެވެ.

  23. 17:22

    لَّا تَجْعَلْ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَتَقْعُدَ مَذْمُومًا مَّخْذُولًا

    Laa- tajʻal maʻal laahi ʹilaahan ʹaakhara fataq̣ʻuda maẓmoomam makhẓoolaa.

    ކަލޭ ﷲ އާއިއެކު އެހެން إله އަކު އެހެން شريك އަކުނުލާށެވެ! إختيار ނުކުރާށެވެ! ފަހެ އެހެން ހަދައިފިނަމަ އެބަހީ: އެހެން إله އެއް إختيار ކޮށްފިނަމަ މަލާމާތް ލިބެވިގެންވާ އަދި ދެރަކުރެވިގެންވާ މީހަކު ކަމުގައި ކަލޭވެދާނެއެވެ. (އެބަހީ: ملائكة ބޭކަލުންނާއި صالح އަޅުންގެ ފަރާތުން މަލާމާތްލިބެވިގެން ﷲ تعالى ގެފަރާތުން ނިކަމެތި ކުރެވި ދެރަކުރެވިގެންވާ މީހަކުކަމުގައި ވެދާނެއެވެ.)

  24. 17:23

    ۞ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَـٰنًا ۚ إِمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا

    Wa-q̣aḍaa Rabbuka ʹallaa taʻbudooo ʹillaaa ʹiyyaahu wa-bilwaalidayni ʹiḥsaanaa. ʹImmaa yablug̣anna ʻiñdakal kibara ʹaḥaduhumaaa aw kilaahumaa falaa taq̣ul lahumaaa ʹuffiñw Walaa tanharhumaa wa-q̣ul lahumaa q̣awlañ kareemaa.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ أمر ކުރެއްވީ / ނުވަތަ ނިޔާކުރެއްވީ / ނުވަތަ حكم ކުރެއްވީ ހަމަސީދާ އެކަލާނގެ ނޫން ފަރާތަކަށް ކަލޭމެން އަޅުކަން ނުކުޅައުމަށެވެ. އަދި މައިންބަފައިންނަށް إحسان ތެރިވުމަށެވެ. ހެޔޮކޮށް ކަންތައްކުރުމަށެވެ. އެދެމީހުންކުރެ އެކަކު ނުވަތަ އެދެމީހުން ކަލޭގެގާތުގައި ވަނިކޮށް (ކަލޭގެ ބެލުމުގެދަށުގައި ވަނިކޮށް) މުސްކުޅިކަމާ ހަމައަށް ފޯރައްޖެއްޔާ (އެބަހީ: އެދެމީހުންކުރެ އެކަކު ނުވަތަ ދެމީހުން މުސްކުޅިވެ ގައިބާރުދެރަވެގެންވާ حال ކަލެއަށް ބަލަންދިމާވެއްޖެއްޔާވެސް އެއިން މީހަކު ކުރާ ކަމަކުން ނުވަތަ ބުނާބަހަކުން ކަލޭ ހިތްހަމަ ނުޖެހުނަސް އެއިން މީހަކަށް ކަލޭ ޗުއްޕުވެސް ނުބުނާށެވެ! އަދި އެދެމީހުންނަށް ނުރުހިގެން އެމީހުންގެ ކުރިމަތީ އަޑުގަދަކޮށް އެމީހުން ސިއްސުވާ ބިރުގަންނަވައި ނުހަދާށެވެ! އަދި އެދެމީހުންނަށް އޯގާތެރި ރަނގަޅުބަސްބުނާށެވެ!

  25. 17:24

    وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا

    Wakhfiḍ lahumaa janaaḥaẓ ẓulli minar raḥmati wa-q̣ur Rabbir ḥamhumaa kamaa rabbayaani ṣag̣eeraa.

    އަދި އޯގާވެރިކަމާއި رحمة ގެގޮތުން ކަލޭ އެދެމީހުންނަށްޓަކައި ނިކަމެތިކަމުގެ ފިޔަ ތިރިކޮށްލާށެވެ! (އެބަހީ: އެދެމީހުންނަށް ބަރާބަރަށް ކިޔަމަންތެރިކަން އަދާކުރާށެވެ.) އަދި ކަލޭ ދަންނަވާށެވެ! އޭ އަޅުގެ ربّ އެވެ! އެދެމީހުން މިއަޅާ ކުޑަކޮށް ހުރިދުވަސްވަރު ބަލާ تربية ކޮށްދެއްވިކަމަށްޓަކައި އެދެމީހުންނަށް رحمة ލައްވާނދޭވެ!

  26. 17:25

    رَّبُّكُمْ أَعْلَمُ بِمَا فِى نُفُوسِكُمْ ۚ إِن تَكُونُوا۟ صَـٰلِحِينَ فَإِنَّهُۥ كَانَ لِلْأَوَّٰبِينَ غَفُورًا

    Rabbukum ʹaʻlamu bimaa fee nufoosikum: ʹiñ takoonoo ṣaaliḥeena faʹinnahoo kaana lil-ʹawwabeena G̣afooraa.

    (އޭ މީސްތަކުންނޭވެ!) ކަލޭމެންގެ نفس ތަކުގައިވާކަންތައް ކަލޭމެންގެ ربّ ދެނެވޮޑިގެންވެއެވެ. (އެބަހީ: މައިންބަފައިންނަށް ހެޔޮކޮށްހިތުމާއި ނުބައިކޮށް ހިތުމުގެގޮތުން ކަލޭމެންގެ ހިތުގައިވާހާ އެއްޗެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.) ކަލޭމެންގެ ނިޔަތްތައް ތެދުކޮށް صالح ކޮށްވަންޏާ (އެފަދަ حال ގައި ވެވޭ ކުށަށް عفو ކުރެއްވުން أمّيد ކުރެވެއެވެ.) އެހެނީ ހަމަކަށަވަރުން ތިމާގެ ފާފައިން توبة ވެ ﷲ ގެ حضرة އަށް رجوع ވާމީހުންނަށް ގިނަގިނައިން ފުއްސަވާ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.

  27. 17:26

    وَءَاتِ ذَا ٱلْقُرْبَىٰ حَقَّهُۥ وَٱلْمِسْكِينَ وَٱبْنَ ٱلسَّبِيلِ وَلَا تُبَذِّرْ تَبْذِيرًا

    Wa-ʹaati ẓal q̣urbaa ḥaq̣q̣ahoo walmiskeena wabnas sabeeli wa-laa tubaẓẓir tabẓeeraa.

    އަދި ގާތްތިމާގެ މީހުންނަށް އޭނާގެ حقّ ދޭށެވެ! އަދި مسكينُ ންނަށާއި ދަތުރުވެރިންނަށްވެސް އެމީހުންގެ حقّ އަދާކުރާށެވެ!~ އަދި އެއްވެސް حقّ އަކާއިނުލައި ގިނަ خرد ތައްކޮށް إسراف ކޮށް ނުހަދާށެވެ!

  28. 17:27

    إِنَّ ٱلْمُبَذِّرِينَ كَانُوٓا۟ إِخْوَٰنَ ٱلشَّيَـٰطِينِ ۖ وَكَانَ ٱلشَّيْطَـٰنُ لِرَبِّهِۦ كَفُورًا

    ʹInnal mubaẓẓireena kaanooo ʹikhwaanash shayaaṭeen; wa-kaanash Shayṭaanu li-Rabbihee kafooraa.

    އެހެނީ ހަމަކަށަވަރުން އެއްވެސް حقّ އެއްނެތި ބޭކާރު خرد ކޮށް إسراف ކުރާމީހުންނަކީ شيطان އާގެ أخ ންނެވެ. އަދި شيطان އާވީ އޭނާގެ ربّ އަށް ކާފަރުވުން ބޮޑުމީހަކުކަމުގައެވެ.

  29. 17:28

    وَإِمَّا تُعْرِضَنَّ عَنْهُمُ ٱبْتِغَآءَ رَحْمَةٍ مِّن رَّبِّكَ تَرْجُوهَا فَقُل لَّهُمْ قَوْلًا مَّيْسُورًا

    Wa-ʹimmaa tuʻriḍanna ʻanhum ubtig̣aaaʹa Raḥmatim mir Rabbika tarjoohaa faq̣ullahum raa. q̣awlam maysoo

    (އަދި އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ ގެ حضرة ން رحمة އަކަށް އެދިވަޑައިގެން އެމީހުންގެ ފަރާތުން މޫނުފުޅު އަނބުރުއްވައިލަންޏާވެސް) (އެބަހީ: ކަލޭގެފާނުން އެބަޔަކަށް حقّ އަދާކުރަންވެފައިވާ މީހަކު އައިސް ކަމަކަށް އެދި އެފަދަ ހޭދައެއް ކުރެއްވެންނެތި އެކަމާ ލަދުފުޅުން މޫނުފުޅު އަނބުރުއްވަންޏާވެސް) ފަހެ އެމީހުންނަށް ރަނގަޅު ފަސޭހަބަސްފުޅު ވިދާޅުވާށެވެ!

  30. 17:29

    وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ ٱلْبَسْطِ فَتَقْعُدَ مَلُومًا مَّحْسُورًا

    Wa-laa tajʻal yadaka mag̣loolatan ʹilaa ʻunuq̣ika wa-laa tabsuṭhaa kullal basṭi fataq̣ʻuda maloomam maḥsooraa.

    އަދި އެއްވެސްއެއްޗެއް ހޭދަނުކުރުމަށްޓަކައި އަތްނަގައި ކަރުގައި އައްސައި ކަސްތަޅުއަޅާފައި ނުބާއްވާށެވެ! އަދި އެއަތް އެކީއެކައްޗަކަށް ފަތުރާލައި ނިއުޅާލައި ނުހަދާށެވެ! (އެބަހީ: ކޮންމެހެން ހޭދަކުރަންވީ އެއްޗެއް ހޭދަނުކޮށް ނުބަހައްޓާށެވެ!) އަދި ހުރިހުރިހާއެއްޗެއް އެކީ ހޭދަނުކުރާށެވެ! ފަހެ އެހެންހަދައިފިއްޔާ މަލާމާތް ލިބެވިގެންވާ އަދި ހިތާމަކުރަނިވި މީހަކުކަމުގައި ކަލޭވެދާނެއެވެ! (އެބަހީ: ކޮންމެހެން ކުރަންޖެހިއްޖެ ހޭދައެއް ނުކޮށްފިނަމަ އެމީހުންގެ މަލާމާތް ލިބޭނެއެވެ. އަދި އެކީއެކަށް އަތްމަތިހުސްކޮށްފިނަމަ ހިތާމަކުރަންޖެހޭނެއެވެ.)

  31. 17:30

    إِنَّ رَبَّكَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّهُۥ كَانَ بِعِبَادِهِۦ خَبِيرًۢا بَصِيرًا

    ʹInna Rabbaka yabsuṭur rizq̣a limañy yashaaaʹu wa-yaq̣dir. ʹInnahoo kaana biʻibaadihee Khabeeram Baṣeeraa.

    (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ރިޒުގު ތަނަވަސްކުރައްވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ރިޒުގު މަދުކުރައްވާ ދަތިކުރައްވައެވެ. ހަމަކަށަވަރުން އެކަލާނގެ ވޮޑިގެންވީ އެކަލާނގެ އަޅުތަކުންގެ خبر ތައް ދެނެވޮޑިގެންވާ ބައްލަވާވޮޑިގެންވާ ކަލަކުކަމުގައެވެ.

  32. 17:31

    وَلَا تَقْتُلُوٓا۟ أَوْلَـٰدَكُمْ خَشْيَةَ إِمْلَـٰقٍ ۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ إِنَّ قَتْلَهُمْ كَانَ خِطْـًٔا كَبِيرًا

    Wa-laa taq̣tulooo ʹawlaadakum khashyata ʹimlaaq̣: Naḥnu narzuq̣uhum wa-ʹiyyaakum ʹInna q̣atlahum kaana khiṭʹañ kabeeraa.

    (އޭ މީސްތަކުންނޭވެ!) އަދި فقير ވެދާނޭކަމަށް ބިރުން ކަލޭމެން ކަލޭމެންގެ ދަރިން ނުމަރާށެވެ! އެކުދިންނަށާއި އަދި ކަލޭމެނަށް ރިޒުގުދެއްވަނީ (އަދި ދެއްވާނީވެސް) ހަމަ ތިމަންރަސްކަލާނގެއެވެ. ހަމަކަށަވަރުން އެކުދިން މެރުމަކީ ބޮޑުވެގެންވާ ފާފައެއްކަމުގައިވިއެވެ.

  33. 17:32

    وَلَا تَقْرَبُوا۟ ٱلزِّنَىٰٓ ۖ إِنَّهُۥ كَانَ فَـٰحِشَةً وَسَآءَ سَبِيلًا

    Wa-laa taq̣rabuz zinaaa ʹinnahoo kaana faaḥishah: wa-saaaʹa sabeelaa.

    އަދި ކަލޭމެން ޒިނޭއާއި ގާތްނުވާށެވެ! ހަމަކަށަވަރުން އެކަންތަކަކީ ހުތުރުކަންބޮޑު، އަދި ހައްދުފަހަނަޅައިގަތުމެކެވެ. އަދި އެއީ ނުބައިވެގެންވާ މަގެކެވެ. (އެއީ އެކަމުގެ ވެރިޔާ ނަރަކައަށް واصل ކުރަނިވި މަގެކެވެ.) • ދަންނައެވެ! ﷲ މިވަނީ ޒިނޭ حرام ކުރައްވާފައި އެކަންޏެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެޔާ ގާތްވެސް ނުވާން އަންގަވާފައެވެ! އެއީ އެކަން حرام ކުރެއްވުމުގެ އެންމެމަތީ ދަރަޖައެވެ. والله أعلم.

  34. 17:33

    وَلَا تَقْتُلُوا۟ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ ۗ وَمَن قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِۦ سُلْطَـٰنًا فَلَا يُسْرِف فِّى ٱلْقَتْلِ ۖ إِنَّهُۥ كَانَ مَنصُورًا

    Wa-laa taq̣tulun nafsal latee ḥarramal laahu ʹillaa bilḥaq̣q̣. Wa-mañ q̣utila maz̤̣loomañ faq̣ad jaʻalnaa liwaliyyihee sulṭaanañ falaa yusrif fil q̣atl; ʹinnahoo kaana mañṣooraa.

    އަދި ﷲ تعالى حرمة ތެރިކުރައްވާފައިވާ އެއްވެސް نفس އެއް (މަރަށް މަރުހިފުންކަހަލަ) حقّ އަކާއި ނުލައި ނުމަރާށެވެ! އަދި އަނިޔާވެރިގޮތުގައި (އަނިޔާވެރިވެވިގެން) މަރައިލެވިއްޖެ ކޮންމެ މީހެއްގެ ولى ވެރިޔާއަށް ހަމަކަށަވަރުންވެސް ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. (އެއީ قصاص ގެގޮތުން މަރަށް މަރުހިފުމުގެ ބާރާއި މަރުގެދިޔަ ހިފުމާއި މިފަދަ ބާރެވެ.) ފަހެ قتل ކުރުމުގައި / ) މެރުމުގައި (އިސްރާފުކޮށް ހައްދުފަހަނަޅައިގެން ނުދާށެވެ! އެބަހީ: މަރަށް މަރުހިފުމުގައި قواعد އާއި خلاف އަށް އަނިޔާކޮށް ނުހަދާށެވެ! (މިއަމުރަކީ މިކަމުގެ މަސްއޫލިއްޔަތު އުފުލާ ކޮންމެމީހަކަށް އޮތް އަމުރެކެވެ.) ހަމަކަށަވަރުން މަރާލެވުނުމީހާގެ ولى ވެރިޔާއަކީ نصر ލިބެވިގެންވާ މީހެކެވެ.

  35. 17:34

    وَلَا تَقْرَبُوا۟ مَالَ ٱلْيَتِيمِ إِلَّا بِٱلَّتِى هِىَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُۥ ۚ وَأَوْفُوا۟ بِٱلْعَهْدِ ۖ إِنَّ ٱلْعَهْدَ كَانَ مَسْـُٔولًا

    Wa-laa taq̣raboo maalal yateemi ʹillaa billatee hiya ʹaḥsanu ḥattaa yablug̣a ʹashuddah; wa-ʹawfoo bilʻahd: ʹinnal ʻahda kaana masʹoolaa.

    އަދި ރަނގަޅު ހެޔޮގޮތުގައި މެނުވީ يتيم ކުއްޖާގެ މުދަލާއި ކަލޭމެން ގާތްނުވާށެވެ! (ރަނގަޅު ހެޔޮގޮތަކީ އެމުދާ ތަރައްޤީކޮށް ބެލެހެއްޓުންފަދަ ކަންކަމުގައި އެކަމަށް حقّ ވާ خرد ކުރުމެވެ.) އެއީ އެކުއްޖާ بالغ ވެ ބުއްދި ހަމަޖެހެންދެންނެވެ. އަދި ކަލޭމެންގެ عهد ތަކާއި އެއްބަސްވުންތައް ކަލޭމެން ބަރާބަރަށް ފުއްދާށެވެ! (އެއީ ﷲ އާއިމެދުވާ عهد ތަކާއި މީސްތަކުންގެ މެދުގައިވާ عهد ތަކެވެ.) ހަމަކަށަވަރުން عهد ތަކަކީ (قيامة ދުވަހުންވެސް) ސުވާލުވެވޭނެ އެއްޗެކެވެ.

  36. 17:35

    وَأَوْفُوا۟ ٱلْكَيْلَ إِذَا كِلْتُمْ وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا

    Wa-ʹawful kayla ʹiẓaa kiltum wazinoo bilq̣isṭaasil mustaq̣eem: ẓaalika khayruñw waʹaḥsanu taʹweelaa.

    އަދި މިނުން ކަލޭމެން ހަމަހަމަކޮށް ފުއްދާށެވެ! އަދި عدل ވެރި ސީދާ މީޒާނުން / ތިލަފަތުން ކަލޭމެން ކިރާ ވަޒަންކުރާށެވެ! (އެބަހީ: ކިރުން ހަމަހަމަކުރާށެވެ.) ثواب އާއި ދަރުމައިގެގޮތުން އެކަން މާހެޔޮވެގެންވެއެވެ.

  37. 17:36

    وَلَا تَقْفُ مَا لَيْسَ لَكَ بِهِۦ عِلْمٌ ۚ إِنَّ ٱلسَّمْعَ وَٱلْبَصَرَ وَٱلْفُؤَادَ كُلُّ أُو۟لَـٰٓئِكَ كَانَ عَنْهُ مَسْـُٔولًا

    Wa-laa taq̣fu maa- laysa laka bihee ʻilm; ʹinnas samʻa walbaṣara walfuʹaada kullu ʹulaaaʹika kaana ʻanhu masʹoolaa.

    އަދި އެ އެއްޗެއްގައި ކަލެއަށް އެނގުމެއްނެތް އެއްޗެއްގެ ނުވަތަ ކަމެއްގެ ވާހަކަ ކަލޭ ނުދައްކާށެވެ! އެހެނީ ހަމަކަށަވަރުން ކަންފަތާއި ލޮލާއި އަދި ހިތަކީ (މިހުރިހާ އެއްޗަކީ) އޭނަޔާމެދު ސުވާލުވެވޭނެ ތަކެއްޗެވެ. قيامة ދުވަހުންނެވެ.

  38. 17:37

    وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا ۖ إِنَّكَ لَن تَخْرِقَ ٱلْأَرْضَ وَلَن تَبْلُغَ ٱلْجِبَالَ طُولًا

    Wa-laa tamshi fil ʹarḍi maraḥaa: ʹinnaka lañ takhriq̣al ʹarḍa wa-lañ tablug̣al jibaala ṭoolaa.

    އަދި (އޭ އިންސާނާއެވެ!) ބިމުގައި ބޮޑާވެ فخر ވެރިކަމާއެކު ނުހިނގާށެވެ! އެހެނީ ހަމަކަށަވަރުން (ގުންފައިޖެހިއަސް) ކަލެއަށް ބިންގަނޑު ފަޅައެއް ނުލެވޭނެއެވެ. އަދި (ބޮޑާވެ މަތިހަށިނެގިޔަސް) ފަރުބަދަޔާ އެއްވަރަށް ދިގުވެސް ނުވާނެއެވެ. އުސްނުވާނެއެވެ.

  39. 17:38

    كُلُّ ذَٰلِكَ كَانَ سَيِّئُهُۥ عِندَ رَبِّكَ مَكْرُوهًا

    Kullu ẓaalika kaana sayyiʹuhoo ʻiñda Rabbika makroohaa.

    އެހުރިހާކަމެއްގެ (އެބަހީ: وَقَضى رَبُّك މިތަނުން ފެށިގެން 38 ވަނަ އާޔަތާއި ހަމައަށް އެވާ އާޔަތްތަކުގައި އެވާ نهى ތަކުގެ) ނުބައިކަން ކަލޭގެފާނުންގެ ربّ ގެ حضرة ގައިވަނީ އެކަލާނގެ ރުހިވޮޑިނުގަންނަވާ ކަންތައްކަމުގައެވެ. އެކަލާނގެ ކޯފާވެ ވޮޑިގަންނަވާ ކަންތައްކަމުގައެވެ.

  40. 17:39

    ذَٰلِكَ مِمَّآ أَوْحَىٰٓ إِلَيْكَ رَبُّكَ مِنَ ٱلْحِكْمَةِ ۗ وَلَا تَجْعَلْ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَتُلْقَىٰ فِى جَهَنَّمَ مَلُومًا مَّدْحُورًا

    Ẓaalika mimmaaa ʹawḥaaa ʹilayka Rabbuka minal ḥikmah. wa-laa tajʻal maʻal laahi ʹilaahan ʹaakhara fatulq̣aa fee Jahannama maloomam madḥooraa.

    އެއީ އެބަހީ: އިސްވެދިޔަ أمر އާއި نهى ތަކަކީ ކަލޭގެފާނުންގެ ربّ ގެ حكمة ގެ ތެރެއިން ކަލޭގެފާނަށް ބާވައިލައްވާ وحي ގެ ތެރެއިންވާތަކެއްޗެވެ. އަދި ﷲ އާ އެކު އެހެން إله އަކު ކަލޭ إختيار ނުކުރައްވާށެވެ. شريك އަކު ނުލާށެވެ. ފަހެ އެހެން ހަދައިފިނަމަ އެބަހީ: އެކަލާނގެއާ އެކު شريك އަކު إختيار ކުރައްވައިފިނަމަ އަޅުތަކުންގެ މަލާމާތް ލިބެވި އަދި ﷲ ގެ رحمة ން ދުރުކުރެވިގެންވާ حال ކަލޭ ނަރަކައަށް އެއްލައިލެވިދާނެއެވެ.

  41. 17:40

    أَفَأَصْفَىٰكُمْ رَبُّكُم بِٱلْبَنِينَ وَٱتَّخَذَ مِنَ ٱلْمَلَـٰٓئِكَةِ إِنَـٰثًا ۚ إِنَّكُمْ لَتَقُولُونَ قَوْلًا عَظِيمًا

    ʹA-faʹaṣfaakum Rabbukum̃ bilbaneena wattakhaẓa minal malaaaʹikati ʹinaas̤aa? ʹInnakum lataq̣ooloona q̣awlan ʻaz̤̣eemaa!

    (އޭ مشرك ންނޭވެ! މަލާއިކަތުންނަކީ ﷲ ގެ އަންހެންދަރިންނޭ ބުނާމީހުންނޭވެ!) ކަލޭމެންގެ ربّ ކަލޭމެންނަށް ފިރިހެން جِنْسُ خاصّ ކުރައްވައި އަދި އެކަލާނގެ އަމިއްލަ ذات ފުޅަށް އަންހެން جِنْسُ إختيار ކުރެއްވީހެއްޔެވެ؟ އެހެން ކަލޭމެން ބުނާކަމަށްވަންޏާ ހަމަކަށަވަރުންވެސް (ދޮގާއި ބުހުތާނުގެގޮތުން) ކަލޭމެން ތިޔަބުނަނީ ވަރަށްވެސް ބޮޑު ބަހެކެވެ.

  42. 17:41

    وَلَقَدْ صَرَّفْنَا فِى هَـٰذَا ٱلْقُرْءَانِ لِيَذَّكَّرُوا۟ وَمَا يَزِيدُهُمْ إِلَّا نُفُورًا

    Wa-laq̣ad ṣarrafnaa fee haaẓal Q̣urʹaani liyaẓẓakkaroo: wa-maa yazeeduhum ʹillaa nufooraa!

    އަދި ތިމަންރަސްކަލާނގެ މި ކީރިތި قرآن ގައި ތަފާތު ވައްތަރުވައްތަރުގެ دليل އާއި حجّة ތަފާތު عبارة ން ބަޔާންކުރެއްވީމެވެ. އެއީ އެމީހުން ހަނދާންކޮށް عبرة حاصل ކުރުމަށްޓަކައެވެ. އަދި (އެކަމަކު) نفرة ތެރިކަމާއި حقّ އާ ދުރަށްދިއުން މެނުވީ އެމީހުންނަށް އިތުރު ނުވެއެވެ.

  43. 17:42

    قُل لَّوْ كَانَ مَعَهُۥٓ ءَالِهَةٌ كَمَا يَقُولُونَ إِذًا لَّٱبْتَغَوْا۟ إِلَىٰ ذِى ٱلْعَرْشِ سَبِيلًا

    Q̣ul law kaana maʻahooo ʹaalihatuñ kamaa yaq̣ooloona ʹiẓal labtag̣aw ʹilaa Ẓil ʻArshi sabeelaa!

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އެމީހުން އެބުނާ ގޮތަށް އެކަލާނގެއާ އެކު އެހެން إله ން ތަކެއް ވާނަމަ عرش ގެވެރި ކަލާނގެ حضرة އަށް ދިއުމަށް (އެކަލާނގެއާ ކުއްތަންވުމަށް) އެ إله ންތައް މަގެއް އެދިގަތީހެވެ. ހޯދީހެވެ.

  44. 17:43

    سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يَقُولُونَ عُلُوًّا كَبِيرًا

    Subḥaanahoo wa-Taʻaalaa ʻammaa yaq̣ooloona ʻUluwwañ Kabeeraa!

    އެމީހުން يعني: އެ مشرك ންގެ މީހުން އެބުނާ ބަސްތަކުން / އެދޮގުބުހުތާނުތައް ފިޔަވައި ﷲ تعالى މާމަތީ ދަރަޖައަކަށް މަތިވެރިވެވޮޑިގެންވެއެވެ.

  45. 17:44

    تُسَبِّحُ لَهُ ٱلسَّمَـٰوَٰتُ ٱلسَّبْعُ وَٱلْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَىْءٍ إِلَّا يُسَبِّحُ بِحَمْدِهِۦ وَلَـٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُۥ كَانَ حَلِيمًا غَفُورًا

    Tusabbiḥu lahus samaawaatus sabʻu wal-ʹarḍu wa-mañ feehinn: wa-ʹim miñ shayʹin ʹillaa yusabbiḥu bi-Ḥamdihee wa-laakil laa tafq̣ahoona tasbeeḥahum: ʹInnahoo kaana Ḥaleeman G̣afooraa!

    ހަތްއުޑާއި ބިމާއި އަދި އެތަންތާނގައިވާހާބަޔަކު އެކަލާނގެއަށް تسبيح ކިޔައެވެ. އެކަލާނގެ ހުސް طاهر ވަންތަކުރެއެވެ. އެކަމަކު އެތަކެތި އެކިޔާ تسبيح ކަލޭމެނަކަށް ނުވިސްނޭނެއެވެ. ހަމަކަށަވަރުން ކޯފާމަޑު (އަދި ކުއްލިއަކަށް عقوبة ނުދެއްވާ) އަދި ގިނަގިނައިން ފާފަފުއްސަވާކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.

  46. 17:45

    وَإِذَا قَرَأْتَ ٱلْقُرْءَانَ جَعَلْنَا بَيْنَكَ وَبَيْنَ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ حِجَابًا مَّسْتُورًا

    Wa-ʹiẓaa q̣araʹtal Q̣urʹaana jaʻalnaa baynaka wa-baynal laẓeena laa- yuʹminoona bil-ʹAakhirati ḥijaabam mastooraa;

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު قرآن ކިޔަވާ ވިދާޅުވަންޏާ آخرة ދުވަހަށް إيمان ނުވާ އެ މީހުންނާއި ކަލޭގެފާނާ ދެމެދު (ކަލޭގެފާނުންގެ ކިޔަވާވިދާޅުވުމުން އެއްޗެއް ނުވިސްނޭނޭގޮތުން) އެމީހުންގެ ހިތްތަކުގެމަތީގައި ނިވައި ފަރުދާއެއް ތިމަންރަސްކަލާނގެ ލެއްވީމެވެ. އެއީ އެޟިހުންގެ ކާފިރުކަމާއި އިންކާރުގެ ސަބަބުންނެވެ.

  47. 17:46

    وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًا ۚ وَإِذَا ذَكَرْتَ رَبَّكَ فِى ٱلْقُرْءَانِ وَحْدَهُۥ وَلَّوْا۟ عَلَىٰٓ أَدْبَـٰرِهِمْ نُفُورًا

    Wa-jaʻalnaa ʻalaa q̣uloobihim ʹakinnatan ʹañy yafq̣ahoohu wa-feee ʹaaẓaanihim waq̣raa: wa-ʹiẓaa ẓakarta Rabbaka fil Q̣urʹaani Waḥdahoo wallaw ʻalaaa ʹadbaarihim nufooraa.

    އަދި އެމީހުންނަށް ނުވިސްނޭނޭގޮތުން އެމީހުންގެ ހިތްތަކުގެމަތީގައި ތިމަންރަސްކަލާނގެ ނިވަލެއް ލެއްވީމެވެ. އަދި އެމީހުންގެ ކަންފަތްތަކުގެމަތީގައި އެބަހީ: އެމީހުންގެ އިވުމުގެމަތީގައި ބައްކަމެއް ލެއްވީމެވެ. އަދި ކަލޭގެފާނު قرآن ކިޔަވާ ވިދާޅުވުމުގައި ކަލޭގެފާނުންގެ ربّ ގެ އެއްކައުވަންތަކަން يعني: لاَ إله إلاّ ﷲ ކިޔަވާ ވިދާޅުވެއްޖެއްޔާ އެބަހީ: އެކަލާނގެ ذِكر ކުރައްވައި ހަނދާންކުރައްވައިފިއްޔާ އެ مشرك ންގެމީހުން ނުރުހި نفرت ވެގެން ފުރަގަސްދީ އެނބުރިދެއެވެ.

  48. 17:47

    نَّحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِۦٓ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَىٰٓ إِذْ يَقُولُ ٱلظَّـٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا

    Naḥnu ʹaʻlamu bimaa yastamiʻoona biheee ʹiẓ yastamiʻoona ʹilayka wa-ʹiẓ hum najwaaa ʹiẓ yaq̣ooluz̤̣ z̤̣aalimoona ʹiñ tattabiʻoona ʹillaa rajulam mas-ḥooraa.

    އެމީހުން يعني: އެ مشرك ން ކަލޭގެފާނު قرآن ކިޔަވާ ވިދާޅުވާ އަޑުއަހަންތިބޭއިރު އެމީހުން އެއަހާ އެއްޗެއް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. އެހިނދު އެމީހުން އެވަނީ نَجْوى ހަދައިގެންނެވެ. ސިއްރު ޖަލްސާ ހަދައި ސިއްރުވާހަކަ ދެއްކުމުގައެވެ. އަދި އެ އަނިޔާވެރިންގަނޑު ބުނެއެވެ. سِحْرُ ޖެހިފައިވާ މީހަކާމެނުވީ ކަލޭމެން تبع ވާކަމުގައި ނުވެއެވެ.

  49. 17:48

    ٱنظُرْ كَيْفَ ضَرَبُوا۟ لَكَ ٱلْأَمْثَالَ فَضَلُّوا۟ فَلَا يَسْتَطِيعُونَ سَبِيلًا

    ʹUñz̤̣ur kayfa ḍaraboo lakal ʹams̤aala faḍalloo falaa yastaṭeeʻoona sabeelaa.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނާ މެދު އެމީހުން مثال ޖަހަނީ ކޮންފަދައަކުންކަން ނިކަން ދެކެވަޑައިގެންބައްލަވާށެވެ! (އެމީހުން ބުނެއެވެ. އެއީ سِحْرُ ޖެހިފައިވާ މީހެކެވެ. އެއީ ޅެންވެރިއެކެވެ. އެއީ މޮޔައެކެވެ....... އަދިވެސް އެބާވަތުގެ އެހެންތަކެތިވެސް ކިޔައެވެ.) ފަހެ އެމީހުން އެވަނީ حقّ މަގު ގެއްލި އޮޅިފައެވެ. އަދި ސީދާ ތެދުމަގަށް واصل ވުމަށް އެމީހުންނަށް ކުޅަދާނަ ނުވެއެވެ.

  50. 17:49

    وَقَالُوٓا۟ أَءِذَا كُنَّا عِظَـٰمًا وَرُفَـٰتًا أَءِنَّا لَمَبْعُوثُونَ خَلْقًا جَدِيدًا

    Wa-q̣aalooo ʹa-ʹiẓaa kunnaa ʻiz̤̣aamañw Warufaatan ʹa-ʹinnaa lamabʻoos̤oona khalq̣añ jadeedaa?

    އަދި އެމީހުން ބުންނެވެ. އަހުރެމެން މަރުވެ ކަށްޓަށްވެ ކަށިތައް ފީވެ ވެއްޔަށްވެ ހިރަފުހަށްވުމަށްފަހު އަލުން ހެއްދެވިގެން ދެވަނަފަހަރަށްވެސް އަހުރެމެން ފޮނުވޭނެހެއްޔެވެ؟ (ނުފޮނުވޭނެއެވެ. އެއީ ވާނޭކަމެއްނޫނެވެ.)

  51. 17:50

    ۞ قُلْ كُونُوا۟ حِجَارَةً أَوْ حَدِيدًا

    Q̣ul koonoo ḥijaaratan ʹaw ḥadeedaa,

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ! ކަލޭމެން ހިލަޔަށް ނުވަތަ ދަގަނޑަށް ވާށެވެ!

  52. 17:51

    أَوْ خَلْقًا مِّمَّا يَكْبُرُ فِى صُدُورِكُمْ ۚ فَسَيَقُولُونَ مَن يُعِيدُنَا ۖ قُلِ ٱلَّذِى فَطَرَكُمْ أَوَّلَ مَرَّةٍ ۚ فَسَيُنْغِضُونَ إِلَيْكَ رُءُوسَهُمْ وَيَقُولُونَ مَتَىٰ هُوَ ۖ قُلْ عَسَىٰٓ أَن يَكُونَ قَرِيبًا

    ʹAw khalq̣am mimmaa yakburu fee ṣudoorikum! Fasayaq̣ooloona mañy yuʻeedunaa? Q̣ulil laẓee faṭarakum ʹawwala marrah! Fasayung̣iḍoona ʹilayka ruʹoosahum wa-yaq̣ooloona mataa hu? Q̣ul ʻasaaa ʹañy yakoona q̣areebaa!

    ނުވަތަ ކަލޭމެންގެ ހިތުގައިވާ އެންމެބޮޑު އެއްޗަކަށް ކަލޭމެންވާށެވެ. (އެފަދަ ބޮޑުއެއްޗަކަށްވުމަށްފަހު) ދެން ނިކަންހުރެ އެމީހުން ތިމަންމެން ދިރުއްވައިގެން އަލުން ފޮނުއްވާނީ ކާކުތޯ އަހައިފިއްޔާ ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ނެތުމުގެތެރެއިން ފުރަތަމައިންވެސް ކަލޭމެން ހެއްދެވި ކަލާނގެއެވެ. ﷲ އެވެ. ދެން އޭރުން ނިކަންހުރެ ކަލޭގެފާނާ ދިމާލަށް އެމީހުންގެ ބޯތައް ހަލުވަހަލުވާފައި ބުނާނެއެވެ. ތިޔަވިދާޅުވާކަމެއް ދެންވާނީ ކޮންއިރަކުންބާވައެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެކަން ދާދިގާތުގައި ވެދާނެއެވެ.

  53. 17:52

    يَوْمَ يَدْعُوكُمْ فَتَسْتَجِيبُونَ بِحَمْدِهِۦ وَتَظُنُّونَ إِن لَّبِثْتُمْ إِلَّا قَلِيلًا

    Yawma yadʻookum fatastajeeboona bi-Ḥamdihee wa-taunnoona ʹil labis̤tum ʹillaa q̣aleelaa!

    އެއީ ތިމަންރަސްކަލާނގެ ކަލޭމެންނަށް نِدَاء އިއްވަވާނޭ ދުވަހެވެ. (ނުވަތަ ކަލޭމެންނަށް ތިމަންރަސްކަލާނގެ نِدَاء އިއްވަވާދުވަސް ހަނދާންކުރާށެވެ!) ފަހެ (އެދުވަހުން) ކަލޭމެން އެކަލާނގެ އަމުރުފުޅަށް އެކަލާނގެއަށް ކިޔަމަންތެރި ކަމާއެކު ޖަވާބުދޭނެއެވެ. (އަދި އެދުވަހުން) ކަލޭމެން ހީކުރާނީ ދުނިޔޭގައި ދާދި މަދު ހިނދުކޮޅެއްގައިމެނުވީ ކަލޭމެން ނުތިބޭކަމަށެވެ.

  54. 17:53

    وَقُل لِّعِبَادِى يَقُولُوا۟ ٱلَّتِى هِىَ أَحْسَنُ ۚ إِنَّ ٱلشَّيْطَـٰنَ يَنزَغُ بَيْنَهُمْ ۚ إِنَّ ٱلشَّيْطَـٰنَ كَانَ لِلْإِنسَـٰنِ عَدُوًّا مُّبِينًا

    Wa-q̣ul liʻibaadee yaq̣oolul latee hiya ʹaḥsan: ʹinnash shayṭaana yañzag̣u baynahum: ʹinnash Shayṭaana kaana lil-ʹiñsaani ʻaduwwam mubeenaa.

    އަދި (އެއްބަޔަކު އަނެއްބަޔަކަށް) ރަނގަޅު ހެޔޮބަސްބުނާ ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން شيطان އާ އެމީހުންގެމެދުގައި ރުޅިވެރިކަން އުފައްދައި ފަސާދަކުރެއެވެ. ހަމަކަށަވަރުން شيطان އާ އަކީ އިންސާނުންނަށް އޭނާގެ عداوة ތެރިކަން ބަޔާންވެގެންވާ عداوة ތެރިއެކެވެ.

  55. 17:54

    رَّبُّكُمْ أَعْلَمُ بِكُمْ ۖ إِن يَشَأْ يَرْحَمْكُمْ أَوْ إِن يَشَأْ يُعَذِّبْكُمْ ۚ وَمَآ أَرْسَلْنَـٰكَ عَلَيْهِمْ وَكِيلًا

    Rabbukum ʹaʻlamu bikum: ʹiñy yashaʹ yarḥamkum ʹaw ʹiñy yashaʹ yuʻaẓẓibkum: wa-maaa ʹarsalnaaka ʻalayhim wakeelaa.

    (އޭ مشرك ންނޭވެ!) ކަލޭމެންގެ ربّ ކަލޭމެންގެ އެންމެހައި ކަންތައް ދެނެވޮޑިގެންވެއެވެ. އެކަލާނގެ އެދިވޮޑިގަންނަވަންޏާ ކަލޭމެނަށް އެކަލާނގެ رحمة ލައްވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވަންޏާ ކަލޭމެނަށް އެކަލާނގެ عذاب ދެއްވައެވެ. އަދި އޭ رسول ﷲ އެވެ! އެމީހުންގެމައްޗަށްވާ ވަކީލަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ. (ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީ ތިމަންރަސްކަލާނގެ رِسَالَة އެމީހުންނަށް އިއްވަވައިދެއްވުމަށެވެ.)

  56. 17:55

    وَرَبُّكَ أَعْلَمُ بِمَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَلَقَدْ فَضَّلْنَا بَعْضَ ٱلنَّبِيِّـۧنَ عَلَىٰ بَعْضٍ ۖ وَءَاتَيْنَا دَاوُۥدَ زَبُورًا

    Wa-Rabbuka ʹaʻlamu bimañ fis samaawaati wal-ʹarḍ: wa-laq̣ad faḍḍalnaa baʻḍan nabiyyeena ʻalaa baʻḍiñw waʹaataynaa Daawooda Zabooraa.

    އަދި އުޑުތަކާއި ބިމުގައިވާހާބަޔަކު ކަލޭގެފާނުންގެ ربّ ދެނެވޮޑިގަތުންބޮޑެވެ. އަދި ހަމަކަށަވަރުން نبي ބޭކަލުން އޭގެ އެއްބައިބޭކަލުންގެމައްޗަށް އަނެއްބައިބޭކަލުން ތިމަންރަސްކަލާނގެ މާތްކުރެއްވީމެވެ. އަދި داؤد عليه السّلام އަށް ތިމަންރަސްކަލާނގެ زَبُوْرُ ދެއްވީމެވެ.

  57. 17:56

    قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِهِۦ فَلَا يَمْلِكُونَ كَشْفَ ٱلضُّرِّ عَنكُمْ وَلَا تَحْوِيلًا

    Q̣ulid ʻul laẓeena zaʻamtum miñ doonihee falaa yamlikoona kashfaḍ ḍurri ʻañkum wa-laa taḥweelaa.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެން ﷲ ފިޔަވައި إله ންކަމުގައްޔާއި ربُّ ން ކަމުގައި ހަދައިގެން އެފަރާތްތަކަށް އަޅުކަންކުރާ ފަރާތްތަކަށް ގޮވާ دعاء ކޮށްބަލާށެވެ! ފަހެ ކަލޭމެނަށް ޖެހިފައިވާ އުނދަގުލާއި ދަތިކަން ކަލޭމެންގެ ކިބައިން ފިލުވައިލުމުގެ އެއްވެސް ބާރުވެރިކަމެއް އެފަރާތްތަކަށް ލިބިގެން ނުވެއެވެ. އަދި އެ އުނދަގޫ އެހެން ފަރާތަކަށް އަނބުރައިލުންވެސް އެއިންފަރާތަކަށް މިލްކުވެގެންނުވެއެވެ. ކުޅަދާނަވެގެން ނުވެއެވެ. • ދަންނައެވެ. މިއާޔަތުން އިޝާރަތްވެގެން މިވަނީ مشرك ންކުރެ ملائكة ބޭކަލުންނަށާއި عُزَيْرُ ގެފާނަށާއި عيسى ގެފާނަށާއި (عليهم السّلام) މިބޭބޭކަލުންނަށް އަޅުކަންކުރި ބަޔަކަށެވެ. ފަހެ މިއިން އެއްވެސް ބޭކަލަކީ ﷲ ގެ إذْنَ ފުޅަށް މެނުވީ އެއްވެސް ކަމެއްކުރެއްވޭނޭ ބޭކަލުންނެއްނޫނެވެ. އެއިން އެއްވެސް ބޭކަލަކީ إله އަކުކަމުގައި ނުވަތަ ربّ އަކުކަމުގައިވުން އެކަށީގެންވާ ބޭކަލުންނެއްނޫނެވެ. އެއީވެސް ހަމަ ﷲ ގެ އަޅުންނެވެ. ﷲ އަށް ކިޔަމަންތެރިވެވަޑައިގެންވާ މާތްބޭކަލުން ތަކެކެވެ. ކޮންމެ ބޭކަލަކުވެސް ﷲ ގެ حضرة އަށް ގާތްކަމާއި ކުއްތަންވުން އެދިވަޑައިގަންނަވަނީއެވެ. ދެން މިއަންނަ އާޔަތުގައި އެވަނީ އެވާހަކައެވެ. والله أعلم.

  58. 17:57

    أُو۟لَـٰٓئِكَ ٱلَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ ٱلْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُۥ وَيَخَافُونَ عَذَابَهُۥٓ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا

    ʹUlaaaʹikal laẓeena yadʻoona yabtag̣oona ʹilaa Rabbihimul Waseelata ʹayyuhum ʹaq̣rabu wa-yarjoona Raḥmatahoo wa-yakhafoona ʻAẓaabah: ʹinna ʻAẓaaba Rabbika kaana maḥẓooraa.

    އެބޭކަލުންނީ އެބޭކަލުންގެ ربّ ގެ حضرة އަށް ކުއްތަންވުމަށް އެދިވަޑައިގަންނަވާ ބޭކަލުންނެވެ. އަދި އެކުއްތަންވުމުގައި އެންމެ ކުއްތަންވެ ވަޑައިގެންނެވެނީ ކޮންބޭލަކަށްތޯ ބެއްލެވުމަށް ވާދަކުރައްވާ ބޭކަލުންނެވެ. އަދި އެބޭކަލުން އެކަލާނގެ رحمة އަށް އެދިވަޑައިގަންނަވައި އަދި އެކަލާނގެ عذاب އަށް ބިރުވެތިވެ ވަޑައިގަންނަވައެވެ. ހަމަކަށަވަރުން އެކަލާނގެ عذاب އަކީ ބިރުވެތިވެވިގެންވާ އެއްޗެކެވެ.

  59. 17:58

    وَإِن مِّن قَرْيَةٍ إِلَّا نَحْنُ مُهْلِكُوهَا قَبْلَ يَوْمِ ٱلْقِيَـٰمَةِ أَوْ مُعَذِّبُوهَا عَذَابًا شَدِيدًا ۚ كَانَ ذَٰلِكَ فِى ٱلْكِتَـٰبِ مَسْطُورًا

    Wa-ʹim miñ q̣aryatin ʹillaa Naḥnu muhlikoohaa q̣abla yawmil Q̣iyaamati ʹaw muʻaẓẓiboohaa ʻaẓaabañ shadeedaa: kaana ẓaalika fil Kitaabi masṭooraa.

    قيامة ވުމުގެ ކުރިން އެރަށެއް ތިމަންރަސްކަލާނގެ ހަލާކު ނުކުރައްވާނެ ނުވަތަ އެރަށެއްގެ އަހުލުވެރި ބަޔަކަށް ގަދަވެގެންވާ عذاب ތިމަންރަސްކަލާނގެ ނުދެއްވާނެ އެއްވެސް ރަށެއް ނުވާނެއެވެ. (އެބަހީ: ކޮންމެ قَرْيَة އެއްވެސް قيامة ވުމުގެ ކުރިން ތިމަންރަސްކަލާނގެ ހަލާކުކުރައްވާހުށީމެވެ. ނުވަތަ އެރަށެއްގެ ބަޔަކަށް ގަދަވެގެންވާ عذاب ދެއްވާހުށީމެވެ. އެއީ އެބަޔަކު رسول ން ދޮގުކޮށް ﷲ ގެ أمر ފުޅުތަކަށް ނުކިޔަމަންތެރިވެއްޖެހިނދުންނެވެ.) އެކަންވަނީ ފޮތުގައި يعني: لَوْحُ المَحْفوظ ގައި ލިޔެވިގެންނެވެ. ފޮޅުވަތްދެމިގެންނެވެ.

  60. 17:59

    وَمَا مَنَعَنَآ أَن نُّرْسِلَ بِٱلْـَٔايَـٰتِ إِلَّآ أَن كَذَّبَ بِهَا ٱلْأَوَّلُونَ ۚ وَءَاتَيْنَا ثَمُودَ ٱلنَّاقَةَ مُبْصِرَةً فَظَلَمُوا۟ بِهَا ۚ وَمَا نُرْسِلُ بِٱلْـَٔايَـٰتِ إِلَّا تَخْوِيفًا

    Wa-maa manaʻanaaa ʹañ nursila bil-ʹaayaati ʹillaaa ʹañ kaẓẓaba bihal ʹawwaloon: wa-ʹaataynaa S̤amoodan Naaq̣ata mubṣiratañ faalamoo bihaa: wa-maa nursilu bil-ʹAayaati ʹillaa takhweefaa.

    އަދި (މި أمّة އަށް) ތިމަންރަސްކަލާނގެ ބޮޑެތިބޮޑެތި معجزة ފޮނުވުމުން މަނާވެވޮޑިގެންނެވީ އިސްވެދިޔަ أمّة ތަކަށް (معجزة ފޮނުއްވުމަށްފަހު) އެ أمّة ތަކުގެ މީހުން ދޮގުކުރުންކަމުގައިވުމެވެ. (އޭރުން އެ أمّة ތައް ހަލާކުވެދިޔަފަދައިން މި أمّة ވެސް ހަލާކުވެއްޖައީހެވެ.) އަދި ثمود ބާގައިގެ މީހުންނަށް دليل އެއްގެގޮތުން - معجزة އެއްގެގޮތުން جمل ދެއްވީމެވެ. ފަހެ އެމީހުން އެއަށް އަނިޔާވެރިވީއެވެ. އަދި މީސްތަކުން ބިރުގެންނެވުމަށްމެނުވީ - ނުވަތަ ކުއްލިއަކަށް ހަލާކެއް ފޮނުއްވުމަށްމެނުވީ ތިމަންރަސްކަލާނގެ އެފަދަ معجزة ފޮނުއްވާނެކަމުގައި ނުވެއެވެ. (އެފަދަ معجزة އެއް ފޮނުއްވުމަށްފަހު ދެން رسول އާ ދޮގުކޮށްފިއްޔާ ހަމަކުއްލިއަކަށް عذاب އަތުވެދާނެއެވެ.)

  61. 17:60

    وَإِذْ قُلْنَا لَكَ إِنَّ رَبَّكَ أَحَاطَ بِٱلنَّاسِ ۚ وَمَا جَعَلْنَا ٱلرُّءْيَا ٱلَّتِىٓ أَرَيْنَـٰكَ إِلَّا فِتْنَةً لِّلنَّاسِ وَٱلشَّجَرَةَ ٱلْمَلْعُونَةَ فِى ٱلْقُرْءَانِ ۚ وَنُخَوِّفُهُمْ فَمَا يَزِيدُهُمْ إِلَّا طُغْيَـٰنًا كَبِيرًا

    Wa-ʹiẓ q̣ulnaa laka ʹinna Rabbaka ʹaḥaaṭa binnaas: wa-maa jaʻalnar ruʹyal lateee ʹaraynaaka ʹillaa fitnatal linnaasi wash-Shajaratal Malʻoonata fil Q̣urʹaan: wa-nukhaw-wifuhum famaa yazeeduhum ʹillaa ṭug̣yaanañ kabeeraa.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ އެންމެހައި މީސްތަކުން ވަށައިލައްވައިގެން ވެއެވެ. މިފަދައިން ކަލޭގެފާނަށް އެކަލާނގެ وحي ކުރެއްވިހިނދު ހަނދުމަފުޅުކުރައްވާށެވެ! (އެކަލާނގެ قدرة ތެރިކަމާއި ދެނެވޮޑިގަތުމުން ހަމައެކަކަށްވެސް ބޭރު ނުވެވޭނެއެވެ. ކަލޭގެފާނާ އިދިކޮޅުމީހުންގެ ފަރާތުން ތިމަންރަސްކަލާނގެ ކަލޭގެފާނު ސަލާމަތްކުރައްވާހުށީމެވެ. އަދި ކަލޭގެފާނު އެމީހުން ދެކެ ބިރުފުޅުގެން ވަޑައި ނުގަންނަވާ ހުށިކަމެވެ! އަދި ކަލޭގެފާނަށް أمر ކުރެވިފައިވާފަދައަކުން رسول ކަން އިއްވަވާށެވެ!) އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް އެދެއްކެވި ދެއްކެވުން (އެއީ إسراء އާއި معراج ގެ ރޭގައި އެކަލޭގެފާނަށް އެދެއްކެވުނު އެކިއެކި ތަކެއްޗާއި ތަންތަނުގެ ވާހަކައެވެ.) އެއީ މީސްތަކުންނަށްވާ إمتحان އެއްކަމުގައިމެނުވީ ތިމަންރަސްކަލާނގެ ނުލައްވަމެވެ. (އޭގެ ސަބަބުން އެއްބައެއްގެ އީމާންކަން ގަދަވެ އަނެއްބައެއްގެ ދެކޮޅުވެރިކަން ގަދަވިއެވެ.) އަދި قرآن ގައި އެގަހެއްގެ ވާހަކަ ނަންގަނެވިފައިވާ لعنة ލެއްވިގެން އެވާގަހުގެ ވާހަކަވެސް އެއީ މީސްތަކުންނަށްވާ إمتحان އެކެވެ. (އެގަހަކީ زَقُّومُ ގަސްކަމުގައި ގިނަ مفسّر ން ވިދާޅުވިއެވެ.) އަދި ތިމަންރަސްކަލާނގެ އެމީހުން އެބަހީ: مشرك ން (އެކިއެކި ގޮތްގޮތުން) ބިރުގަންނަވަމެވެ. ފަހެ ބޮޑުވެގެންވާ މަގުފުރެދުމާއި حقّ އާ ދުރަށްދިއުންމެނުވީ އެމީހުންނަށް އިތުރުނުވެއެވެ.

  62. 17:61

    وَإِذْ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ قَالَ ءَأَسْجُدُ لِمَنْ خَلَقْتَ طِينًا

    Wa-ʹiẓ q̣ulnaa lil-malaaaʹikatis judoo liʹAadama fasajadooo ʹillaaa ʹIblees: q̣aala ʹaʹasjudu liman khalaq̣ta ṭeenaa?

    އަދި آدم عليه السّلام އަށް سجدة ކުރާށޭ ملائكة ބޭކަލުންނަށް ތިމަންރަސްކަލާނގެ أمر ކުރެއްވީމެވެ. ދެންފަހެ إبليس ނޫން އެހެންހުރިހާ ބޭކަލުން سجدة ކުރެއްވިއެވެ. އަދި އެ إبليس (ﷲ އަށް) ދެންނެވިއެވެ. އިބަރަސްކަލާނގެ މަށިން ހައްދަވާފައިވާ مخلوق އަކަށްތިމަން سجدة ކުރަންވީހެއްޔެވެ؟ (އެބަހީ: سجدة ނުކުރާނަމެވެ.)

  63. 17:62

    قَالَ أَرَءَيْتَكَ هَـٰذَا ٱلَّذِى كَرَّمْتَ عَلَىَّ لَئِنْ أَخَّرْتَنِ إِلَىٰ يَوْمِ ٱلْقِيَـٰمَةِ لَأَحْتَنِكَنَّ ذُرِّيَّتَهُۥٓ إِلَّا قَلِيلًا

    Q̣aala ʹaraʹaytaka haaẓal laẓee karramta ʻalayy! Laʹin ʹakhkhartani ʹilaa Yawmil Q̣iyaamati laʹaḥtanikanna ẓurriyyatahooo ʹillaa q̣aleelaa!

    އަދި އެ إبليس ދެންނެވިއެވެ. އިބަރަސްކަލާނގެ މިއަޅާގެ މައްޗަށް މާތްކުރެއްވި مخلوق އާއިމެދު ބައްލަވާށެވެ! އިބަރަސްކަލާނގެ މިއަޅާ قيامة ދުވަހާއިހަމައަށް ފަސްކުރެއްވިއްޔާ ހަމަކަށަވަރުން ހުވައިކޮށްފާ ދަންނަވަމެވެ. މަދުބަޔަކުމެނުވީ އޭނާގެ ދަރިފަސްކޮޅު މަގުފުރައްދާ ވާވައްދާހުށީމެވެ.

  64. 17:63

    قَالَ ٱذْهَبْ فَمَن تَبِعَكَ مِنْهُمْ فَإِنَّ جَهَنَّمَ جَزَآؤُكُمْ جَزَآءً مَّوْفُورًا

    Q̣aalaẓ hab famañ tabiʻaka minhum faʹinna Jahannama jazaaaʹukum jazaaaʹam mawfooraa.

    ﷲ وحي ކުރެއްވިއެވެ. ކަލޭދާށެވެ! (ކަލޭ ތިޔަހުރީ قيامة އާއި ހަމައަށް ފަސްކުރަށްވާފައެވެ.) ފަހެ އެމީހުންކުރެ ކަލެޔާ تبع ވީ އެންމެންގެ ޖަޒާއަކީ ނަރަކައެވެ. އެއީ ކަލޭމެނަށް ބަރާބަރު ފުރިހަމަ ޖަޒާއެއްގެގޮތުންނެވެ.

  65. 17:64

    وَٱسْتَفْزِزْ مَنِ ٱسْتَطَعْتَ مِنْهُم بِصَوْتِكَ وَأَجْلِبْ عَلَيْهِم بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِى ٱلْأَمْوَٰلِ وَٱلْأَوْلَـٰدِ وَعِدْهُمْ ۚ وَمَا يَعِدُهُمُ ٱلشَّيْطَـٰنُ إِلَّا غُرُورًا

    Wastafziz manis taṭaʻta minhum̃ biṣawtika wa-ʹajlib ʻalayhim̃ bikhaylika wa-rajilika wa-shaarik-hum fil ʹamwaali wal-ʹawlaadi wa-ʻidhum. Wa-maa yaʻiduhumush Shayṭaanu ʹillaa g̣urooraa.

    އަދި ކަލޭ އަޑުގޮއްވައިގެން އެމީހުންކުރެ ކަލެއަށް ކުޅަދާނަވީ ބަޔަކު ޖާހިލުކުރުވައި ދަށްކުރުވައި ހަދާށެވެ! އަދި އެމީހުންގެމައްޗަށް ކަލޭގެ އަސްވާރުންނާއި ފައިމަގުގެ ލަޝްކަރަށް ގޮވާށެވެ! އަދި ކަލޭ އެމީހުންނަށް މުދަލާއި ދަރީނުންވެސް ބައިވެރިކުރާށެވެ! އަދި އެމީހުންނަށް وعد ތައް ކުރާށެވެ! (قيامة ނާންނާނެކަމަށާއި ސުވަރުގެޔާއި ނަރަކަނުވާކަމަށް އެމީހުންނަށް وعد ކުރާށެވެ. ދުނިޔޭގައި ނެގޭ މަޖަލެއް ނަގަން ބުނާށެވެ.) އަދި شيطان އާގެ وعد ހަމަ ހެއްލުމެއްކަމުގައި މެނުވީ ނުވެއެވެ. • ދަންނައެވެ. شيطان އާގޮއްވާ އަޑުކަމުގައި أبُوجَعْفَر الطّبرى އެކަލޭގެފާނުންގެ تفسير ގައި ލިއުއްވާފައިވަނީ އެއީ ލަވަޔާއި ކުޅިވަރުކަމަށެވެ. އެއީ مُجَاهِد ކިޔާ ބޭކަލެއްގެބަހެވެ. އަދި إبن عبّاس رضى ﷲ عنهما ވިދާޅުވިކަމަށް ލިއުއްވާފައިވަނީ އެއަޑަކީ ﷲ އަށް އުރެދުމަކަށް ގޮވާ ކޮންމެ މީހެއްގެ އަޑެވެ. والله أعلم.\n• އަދި މުދަލުގައި ބައިވެރިކުރުމަކީ شريعة ގައި حَرَام ކުރައްވާފައިވާގޮތްގޮތަށް މުދާ ހޯދުމެވެ. ރިބާގެ ގޮތުންނަމަވެސް ވައްކަންކޮށްގެންނަމަވެސް އަދި ނުވަތަ ފޭރިގެންނަމަވެސް މެއެވެ. • ދަރީނުން ބައިވެރިކުރުމަކީ ޒިނޭކޮށްގެން ދަރިން ހޯދުމާ ބުދުގެ އަޅުގެނަމުގެ ނަމުން ދަރިންނަށް ނަންކިއުމާއި މިފަދަ ގޮތްގޮތެވެ. والله أعلم.

  66. 17:65

    إِنَّ عِبَادِى لَيْسَ لَكَ عَلَيْهِمْ سُلْطَـٰنٌ ۚ وَكَفَىٰ بِرَبِّكَ وَكِيلًا

    ʹInna ʻibaadi laysa laka ʻalayhim sulṭaan: wa-kafaa bi-Rabbika Wakeelaa.

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް ކިޔަމަންގަތްއަޅުން ދަންނައެވެ! އެމީހުންގެމައްޗަށް އެއްވެސް ބާރެއް އަދި دليل އެއް حجّة އެއް ކަލެއަކަށް ނުވެއެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ރައްކާތެރިކުރައްވާ އަދި ކަލޭގެފާނުންގެ ކަންތައް ސީދާކުރައްވާ قائم ކުރައްވާ ކަލަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ.

  67. 17:66

    رَّبُّكُمُ ٱلَّذِى يُزْجِى لَكُمُ ٱلْفُلْكَ فِى ٱلْبَحْرِ لِتَبْتَغُوا۟ مِن فَضْلِهِۦٓ ۚ إِنَّهُۥ كَانَ بِكُمْ رَحِيمًا

    Rabbukumul laẓee yuzjee lakumul Fulka fil baḥri litabtag̣oo miñ faḍlih ʹInnahoo kaana bikum Raḥeemaa.

    (އޭ މީސްތަކުންނޭވެ!) ކަލޭމެންނަށްޓަކައި ކަނޑުގައި ނައުފަހަރު ދުއްވަވަނީ ހަމަ ކަލޭމެންގެ ربّ އެވެ. ﷲ އެވެ. އެއީ އެކަލާނގެ فضل ވަންތަކަން (ވިޔަފާރިޔާއި ދެންވެސް އެހެން ބޭނުމުގައި) ކަލޭމެން އެދިގަތުމަށްޓަކައެވެ. ހޯދައިގަތުމަށްޓަކައެވެ. ހަމަކަށަވަރުން އެކަލާނގެ ކަލޭމެންނަށް ނުހަނު އޯގާވަންތަވެވޮޑިގެން رحمة ލެއްވުން ބޮޑުވެގެންވެއެވެ.

  68. 17:67

    وَإِذَا مَسَّكُمُ ٱلضُّرُّ فِى ٱلْبَحْرِ ضَلَّ مَن تَدْعُونَ إِلَّآ إِيَّاهُ ۖ فَلَمَّا نَجَّىٰكُمْ إِلَى ٱلْبَرِّ أَعْرَضْتُمْ ۚ وَكَانَ ٱلْإِنسَـٰنُ كَفُورًا

    Wa-ʹiẓaa massakumuḍ ḍurru fil baḥri ḍalla mañ tadʻoona ʹillaaa ʹiyyaah! Falammaa najjaakum ʹilal barri ʹaʻraḍtum. Wa-kaanal ʹiñsaanu kafooraa!

    އަދި ކަނޑުގައި ކަލޭމެނަށް ދަތިއުނދަގޫ ކަމެއް ދިމާވެއްޖެއްޔާ (غَرَقُ ވުންފަދަ ކަމެއް ދިމާވެއްޖެއްޔާ) ﷲ ފިޔަވައި އެފަރާތްތަކަށް ކަލޭމެން ގޮވާ އަޅުކަންކޮށްއުޅުނު ހުރިހާ ފަރާތްތަކެއް ގެއްލިދެއެވެ. (އެއިން ފަރާތެއްގެ އެހީއެއް މަދަދެއްނުލިބެއެވެ.) ދެންފަހެ ތިމަންރަސްކަލާނގެ ކަލޭމެން އެއްގަމަކަށް ލައްވައި ސަލާމަތްކޮށްދެއްވައިފިއްޔާ ކަލޭމެން އެނބުރިގަނެއެވެ. شريك ނުކޮށް ނުތިބެއެވެ. (ﷲ ގެ ކިޔަމަނުން ނުކުމެ އެނބުރިގަނެއެވެ.) އަދި އިންސާނާވީ (ﷲ ގެ نعمة އަށް) ކާފަރުވުން ބޮޑު މީހަކުކަމުގައެވެ.

  69. 17:68

    أَفَأَمِنتُمْ أَن يَخْسِفَ بِكُمْ جَانِبَ ٱلْبَرِّ أَوْ يُرْسِلَ عَلَيْكُمْ حَاصِبًا ثُمَّ لَا تَجِدُوا۟ لَكُمْ وَكِيلًا

    ʹA-faʹamiñtum ʹañy yakhsifa bikum jaanibal barri ʹaw yursila ʻalaykum ḥaasibañ s̤umma laa- tajidoo lakum wakeelaa?

    އަޅެފަހެ ކަލޭމެންނާއިގެން ބިމުގެ އެއްފަރާތް އެކަލާނގެ ގަންބަވައިގަތުމާމެދު ކަލޭމެން ތިޔަވަނީ އަމާންވެގެންހެއްޔެވެ؟ ގަންބަވައި ނުގަންނަވާނެކަމަށް ކަލޭމެން ހިތްހަމަޖެހިގެންތިބީހެއްޔެވެ؟ ނުވަތަ އުޑުން ހިލަތަކެއް އެކަލާނގެ ކަލޭމެންގެމައްޗަށް ފޮނުއްވުމާ މެދު ކަލޭމެން އަމާންވެގެންވަނީހެއްޔެވެ؟ ދެން އެކަލާނގެ عذاب ން ކަލޭމެން دفاع ކުރާނެ އެކަކުވެސް ކަލޭމެނަކަށް ނުފެންނާނެއެވެ. • ދަންނައެވެ. ދުނިޔޭގެ އެތަންމިތަނަށް ދިމާވާ އެކިބާވަތުގެ މުސީބާތަކީ މިއާޔަތް މިއިޝާރާތްކުރާ ކަންކަމުގެތެރެއިންވާ ކަންކަމެވެ. ދާދި އިހަށްދުވަހު އެދިޔަ ސުނާމީ އާއި އެޔާ ދާދިގާތުގައި ކިސަޑުއެޅި ނިވައިވާވަރަށް ނަގޫރޯޅިއަރައި ކުދިކުދިވެގެންދާ އެކިތަންތަން ބިންހެލިގެން ހަލާކުވެގެންދާ ތަންތަން ހަނދުމަކުރައްވާށެވެ! ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ ކިތައްކިތައް علامة އުޑުތަކާއި ބިމުގައި ކޮންމެދުވަހަކު އެބަ ހިނގައިދޭހެއްޔެވެ؟ މީސްތަކުން މިވަނީ އެބާވަތުގެ ކަންކަމުން މުޅިން غافل ވެގެންނެވެ. (وَكَأَيِّن مِّنْ ءَايَةٍ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ يَمُرُّونَ عَلَيْهَا وَهُمْ عَنْهَا مُعْرِضُونَ) سورة يوسف: 105

  70. 17:69

    أَمْ أَمِنتُمْ أَن يُعِيدَكُمْ فِيهِ تَارَةً أُخْرَىٰ فَيُرْسِلَ عَلَيْكُمْ قَاصِفًا مِّنَ ٱلرِّيحِ فَيُغْرِقَكُم بِمَا كَفَرْتُمْ ۙ ثُمَّ لَا تَجِدُوا۟ لَكُمْ عَلَيْنَا بِهِۦ تَبِيعًا

    ʹAm ʹamiñtum ʹañy yuʻeedakum feehi taaratan ʹukhraa fayursila ʻalaykum q̣aaṣifam minar reeḥi fayug̣riq̣akum̃ bimaa kafartum s̤umma laa- tajidoo lakum ʻalaynaa bihee tabeeʻaa?

    (އޭ މީސްތަކުންނޭވެ!) ނުވަތަ ކަލޭމެން ތިޔަތިބީ އަލުންވެސް އެކަލާނގެ ކަލޭމެން އެ ކަނޑަށް އަނެއްފަހަރު إعاد ނުކުރައްވާނޭކަމަށް (إعاد ކުރެއްވުމާމެދު) އަމާންވެގެންހެއްޔެވެ؟ ދެން އޭރުން (އެބަހީ: އަލުން ކަނޑަށް ކަލޭމެން إعاد ކުރައްވައިފިއްޔާ) އެކަލާނގެ ކަލޭމެންގެ މައްޗަށް (ސާމާނުތައް ހަލާކުކުރާވަރުގެ) ގަދަވައެއް ފޮނުއްވައި ދެން ކަލޭމެން ކާފަރުވުމުގެ ސަބަބުން އެކަލާނގެ ކަލޭމެން ކަނޑަށް غرق ކުރައްވައިފާނެއެވެ. ދެން ކަލޭމެނާމެދު ތިމަންރަސްކަލާނގެ ކަންތައްކުރެއްވިގޮތާދޭތެރޭ އެއްޗެއް ބުނެ އެކަމާމެދު ތިމަންރަސްކަލާނގެއާ تبع ކުރާނޭ އެކަކުވެސް ކަލޭމެން ނުދެކޭނެއެވެ.

  71. 17:70

    ۞ وَلَقَدْ كَرَّمْنَا بَنِىٓ ءَادَمَ وَحَمَلْنَـٰهُمْ فِى ٱلْبَرِّ وَٱلْبَحْرِ وَرَزَقْنَـٰهُم مِّنَ ٱلطَّيِّبَـٰتِ وَفَضَّلْنَـٰهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا

    Wa-laq̣ad karramnaa Baneee ʹAadama waḥamalnaahum fil barri walbaḥri wa-razaq̣naahum minaṭ ṭayyibaati wa-faḍḍalnaahum ʻalaa kas̤eerim mimman khalaq̣naa tafḍeelaa.

    އަދި ހަމަކަށަވަރުން އާދަމުގެދަރީން (بني آدم) ތިމަންރަސްކަލާނގެ މާތްކުރެއްވީމެވެ. އަދި އެއްގަމާއި ކަނޑުގައި ތިމަންރަސްކަލާނގެ އެމީހުން އުފުއްލެވީމެވެ. އަދި ރަނގަޅު حلال ރިޒުގު އެމީހުންނަށް ތިމަންރަސްކަލާނގެ ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ خلق ތަކުންކުރެ ގިނަބައެއްގެމައްޗަށް ކަނޑައެޅިގެންވާ މާތްކުރެއްވުމަކުން ތިމަންރަސްކަލާނގެ އެމީހުން މާތްކުރެއްވީމެވެ.

  72. 17:71

    يَوْمَ نَدْعُوا۟ كُلَّ أُنَاسٍۭ بِإِمَـٰمِهِمْ ۖ فَمَنْ أُوتِىَ كِتَـٰبَهُۥ بِيَمِينِهِۦ فَأُو۟لَـٰٓئِكَ يَقْرَءُونَ كِتَـٰبَهُمْ وَلَا يُظْلَمُونَ فَتِيلًا

    Yawma nadʻoo kulla ʹunaasim biʹImaamihim: faman ʹootiya kitaabahoo biyameenihee faʹulaaaʹika yaq̣raʹoona kitaabahum wa-laa yuz̤̣lamoona fateelaa.

    ކޮންމެބަޔަކަށްވެސް އެބައެއްގެ إمام ގެނަމުން ގޮވޭދުވަސް ހަނދާންކުރާށެވެ! (އެ إمام އަކީ އެބަޔަކު ދުނިޔޭގައި تبع ވެ إقتداء ވެގެންއުޅުނު މީހާކަމުގައި ބުނެވުނެވެ. / ނުވަތަ އެބަޔަކަށް ބާވައިލެއްވުނު ފޮތްކަމުގައި ބުނެވުނެވެ. والله أعلم) ދެންފަހެ (އެދުވަހުން) އެމީހެއްގެ عمل ގެފަތް އެމީހެއްގެ ކަނާތަށް ދެވިއްޖެމީހާ ފަހެ އެމީހުން އެމީހުންގެ ފަތްކިޔާނެއެވެ. فَتِيْلاَ އެއްގެ މިންވަރުވެސް އެމީހުންނަށް އަނިޔާނުވެވޭނެއެވެ. (فَتِيْلاَ އަކީ ކަދުރު ނޮޅައިލީމާ އޮށުގެ ފެޅުނުތާނގައިވާ ކަދުރުގެ ހިމަ ފަށްވަރެވެ.)

  73. 17:72

    وَمَن كَانَ فِى هَـٰذِهِۦٓ أَعْمَىٰ فَهُوَ فِى ٱلْـَٔاخِرَةِ أَعْمَىٰ وَأَضَلُّ سَبِيلًا

    Wa-mañ kaana fee haaẓiheee ʹaʻmaa fahuwa fil ʹAakhirati ʹaʻmaa wa-ʹaḍallu Sabeelaa.

    އަދި މިދުނިޔޭގައި އުޅުނުއިރު (ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމާއި އެކަލާނގެ ދެއްވާފައިވާ نعمة ތަކާމެދު ނުވިސްނާ އެކަންކަމާމެދު) ހިތް غافل ވެ ކަނުވެގެންވާމީހާ ފަހެ އޭނާ آخرة ގައިވެސް ވާނީ ކަނުވެ އަނދިރިވެގެންވާމީހަކު ކަމުގައެވެ. އަދި މަގުފުރެދުން މާބޮޑުވެގެންވާ މީހަކުކަމުގައެވެ.

  74. 17:73

    وَإِن كَادُوا۟ لَيَفْتِنُونَكَ عَنِ ٱلَّذِىٓ أَوْحَيْنَآ إِلَيْكَ لِتَفْتَرِىَ عَلَيْنَا غَيْرَهُۥ ۖ وَإِذًا لَّٱتَّخَذُوكَ خَلِيلًا

    Wa-ʹiñ kaadoo layaftinoonaka ʻanil laẓeee ʹawḥaynaaa ʹilayka litaftariya ʻalaynaa g̣ayrah: wa-ʹiẓallat takhaẓooka khaleelaa!

    (އޭ رسول ﷲ އެވެ!) އެމީހުން يعني: އެ مشرك ންގެމީހުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލައްވާ وحيގައި ކަލޭގެފާނު فِتنَة ވެރިކުރުވުން ހަމަކަށަވަރުން ގާތްވެގެންވެއެވެ. އެއީ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލެއްވިގޮތްނޫން އެހެން ގޮތަކަށް ކަލޭގެފާނު ހައްދަވައި ތިމަންރަސްކަލާނގެ ރަސްކަންފުޅުގެމައްޗަށް ކަލޭގެފާނު ބޮޑުދޮގެއް އުފައްދައިގަތުމަށެވެ. އަދި އެހެން ކަލޭގެފާނު ހައްދަވައިފިއްޔާ (އެބަހީ: އެމީހުން އެބުނާ ގޮތަކަށް ކަލޭގެފާނު ހައްދަވައިފިއްޔާ) ހަމަކަށަވަރުން އެމީހުންގެ މިތުރަކުކަމުގައި ކަލޭގެފާނު އެމީހުން ހަދާނެއެވެ.

  75. 17:74

    وَلَوْلَآ أَن ثَبَّتْنَـٰكَ لَقَدْ كِدتَّ تَرْكَنُ إِلَيْهِمْ شَيْـًٔا قَلِيلًا

    Wa-lawlaaa ʹañ s̤abbatnaaka laq̣ad kitta tarkanu ʹilayhim shayʹañ q̣aleelaa.

    އަދި ތިމަންރަސްކަލާނގެ ކަލޭގެފާނު ސާބިތުކުރައްވައި ރައްކާތެރި ނުކުރެއްވިނަމަ ހަމަކަށަވަރުން ކަލޭގެފާނު އެމީހުންގެ ފަރާތަށް ކޮންމެވެސް ކުޑަމިންވަރަކަށްނަމަވެސް ލެނބިވަޑައިގެންނެވުން ގާތްވެގެންވެއެވެ.

  76. 17:75

    إِذًا لَّأَذَقْنَـٰكَ ضِعْفَ ٱلْحَيَوٰةِ وَضِعْفَ ٱلْمَمَاتِ ثُمَّ لَا تَجِدُ لَكَ عَلَيْنَا نَصِيرًا

    ʹIẓal laʹaẓaq̣naaka ḍiʻfal ḥayaati waḍiʻfal mamaati s̤umma laa- tajidu laka ʻalaynaa naṣeeraa!

    އެހެންވެއްޖެއްޔާ - އެބަހީ: އެމީހުން ބުނާގޮތަކަށް ލެނބިވަޑައިގެންނެވުނުނަމަ - ހަމަކަށަވަރުން ދުނިޔޭގެ حياة ގެ عذاب އާއި އަދި މަރުގެ عذاب ގެރަހަ. (އެބަހީ: ދުނިޔެއާއި آخرة ގެ عذاب ގެރަހަ ޑަބަލްކޮށް ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްކެވީމުހެވެ. (ދަންނައެވެ! އެއީ مشرك ންނަށް ދެއްވާ عذاب ގެ ޑަބަލްކަމުގައިވިއެވެ. = زيدة التّفسير = )\nދެން އަދި ތިމަންރަސްކަލާނގެއާ އިދިކޮޅަށް ކަލޭގެފާނަށް نصر ދޭނޭ ހަމައެކަކުވެސް ކަލޭގެފާނަށް ފެނިވަޑައިނުގަންނަވާނެއެވެ.

  77. 17:76

    وَإِن كَادُوا۟ لَيَسْتَفِزُّونَكَ مِنَ ٱلْأَرْضِ لِيُخْرِجُوكَ مِنْهَا ۖ وَإِذًا لَّا يَلْبَثُونَ خِلَـٰفَكَ إِلَّا قَلِيلًا

    Wa-ʹiñ kaadoo layastafizzoonaka minal ʹarḍi liyukhrijooka minhaa wa-ʹiẓal laa yalbas̤oona khilaafaka ʹillaa q̣aleelaa.

    އަދި އެމީހުން يعني: مشرك ން - ކަލޭގެފާނު ހުންނެވި ބިމުން - مكّة ގެ ބިމުން - ނެރެލުމަށްޓަކައި ކަލޭގެފާނު ބިރުގަންނަވާ ސިއްސުވާކަމުގައިވިއެވެ. ފަހެ އެހެންވީނަމަ (އެބަހީ: އެމީހުން ކަލޭގެފާނު އެތަނުން ނެރުނުނަމަ) ކަލޭގެފާނަށްފަހު ދެން އެމީހުން އެތާނގައި ދާދިކުޑަހިނދުކޮޅަކުމެނުވީ ނުތިބީހެވެ. (އެމީހުންގެމައްޗަށް عذاب އެއް ފޮނުއްވައި އެމީހުން ހަލާކުކުރައްވައިފީހެވެ.) • ދަންނައެވެ. މިއާޔަތުގައި އަދި އެހެންގޮތަކަށް މާނަކިޔާފައިވެއެވެ. އެމީހުންގެ އުނދަގޫބޮޑުވެގެން ﷲ ގެ أمر ފުޅަށް އެކަލޭގެފާނު مدينة އަށް هجرة ކުރެއްވުން އެއީ އެމީހުން އެކަލޭގެފާނު އެރަށުން ނެރެލިކަމުގައި މާނަކުރެއްވި ބޭކަލުންވެއެވެ. ދެން އެކަލޭގެފާނު ނުކުމެވަޑައިގަތުމަށްފަހު ކުޑަދުވަސްކޮޅަކު މެނުވީ އެމީހުން ނުތިބެއެވެ. އޭގެތެރެއިން ނަގާކިޔާ އުޅުނު جبّار ބޮޑެތިމީހުން بَدْرُ ހަނގުރާމައިގައި މަރުވެދިޔައީއެވެ. والله أعلم.

  78. 17:77

    سُنَّةَ مَن قَدْ أَرْسَلْنَا قَبْلَكَ مِن رُّسُلِنَا ۖ وَلَا تَجِدُ لِسُنَّتِنَا تَحْوِيلًا

    Sunnata mañ q̣ad ʹarsalnaa q̣ablaka mir rusulinaa wa-laa tajidu li-Sunnatinaa taḥweelaa.

    (އޭ رسول ﷲ އެވެ!) އެއީ ކަލޭގެފާނުންގެ ކުރީގައި ތިމަންރަސްކަލާނގެ ފޮނުއްވި رسول ބޭކަލުންނާ މެދު ކަންތައްވެގެން ދިޔަގޮތެވެ. އެއީ ތިމަންރަސްކަލާނގެ سُنَّة އެވެ. ގޮތެވެ. އަދި އެގޮތަށް އެއްވެސް ބަދަލެއް އަންނާތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ. • އެބަހީ: ކޮންމެ أمّة އަކަށްވެސް އެ أمّة އަކަށް رسول ން ފޮނުއްވުމަށްފަހު އެމީހުން އެބޭކަލަކަށް އަނިޔާވެރިވެ އެބޭކަލަކު މަރައި ނުވަތަ ރަށުން ނެރެލައިފިނަމަ ދެން ލަހެއްނުވެ އެ أمّة އެއް ތިމަންރަސްކަލާނގެ ހަލާކުކުރައްވަމެވެ. އެއީ ތިމަންރަސްކަލާނގެ سنّة އެވެ. އެއަކަށް ބަދަލެއް ނާންނާނެއެވެ. رسول ﷲ ﷺ مكّة އިން مدينة އަށް هجرة ކުރެއްވީ ﷲ އަންގަވައިގެންނެވެ. އެރަށުން އެކަލޭގެފާނު ނެރެލުމަށް مكّة ގެ مشرك ން قصد ކުރިޔަސް އެމީހުންނަށް އެކަމެއްނުވެއެވެ. އެކަލޭގެފާނު مدينة އަށް ވަޑައިގެންނެވުމަކީ އެ مشرك ންގެ عمل އެއް ނޫނެވެ. އެއީ ﷲ ގެ أمر ފުޅެކެވެ.

  79. 17:78

    أَقِمِ ٱلصَّلَوٰةَ لِدُلُوكِ ٱلشَّمْسِ إِلَىٰ غَسَقِ ٱلَّيْلِ وَقُرْءَانَ ٱلْفَجْرِ ۖ إِنَّ قُرْءَانَ ٱلْفَجْرِ كَانَ مَشْهُودًا

    ʹAq̣imiṣ Ṣalaata lidulookish shamsi ʹilaa g̣asaq̣il layli wa-q̣urʹaanal Fajr: ʹinna q̣urʹaanal Fajri kaana mashhoodaa.

    އިރުމެދުން ލަނބައިލުމުން ރޭގަނޑުގެ އަނދިރިއަށް ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! އަދި ފަތިސްނަމާދުވެސް قائم ކުރައްވާށެވެ! ހަމަކަށަވަރުން ފަތިސްނަމާދަކީ ހެކިވެވިގެންވާ ނުވަތަ حاضر ވެވެނި ނަމާދެއްކަމުގައިވިއެވެ. (އެބަހީ: އިންސާނުންނާއިއެކު ދުވާލު ތިއްބަވާ ملائكة ބޭކަލުންނާއި ރޭގަނޑު ތިއްބަވާ ملائكة ބޭކަލުން ފަތިސްނަމާދަށް حاضر ވެވަޑައިގަންނަވައެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި މިއާޔަތުން فَرْضُ ފަސްނަމާދަށް އިޝާރާތްވެގެންވެއެވެ.)

  80. 17:79

    وَمِنَ ٱلَّيْلِ فَتَهَجَّدْ بِهِۦ نَافِلَةً لَّكَ عَسَىٰٓ أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا

    Wa-minal layli fatahajjad bihee naafilatal lak: ʻasaaa ʹañy yabʻas̤aka Rabbuka Maq̣aamam Maḥmoodaa!

    (އޭ رسول ﷲ އެވެ!) އަދި ރޭގަނޑު ދަންވަރު (އަވަހާރަފުޅުލެއްޕެވުމަށްފަހު ތެދުވެވަޑައިގެން) ނަމާދުފުޅުކުރައްވާށެވެ! އެއީ ކަލޭގެފާނަށް خاصّ ވެގެންވާ ކަމެކެވެ. އެއީ ކަލޭގެފާނުންގެ ربّ ކަލޭގެފާނު حمد ލިބެވިގެންވާ مقام އަކަށް (قيامة ދުވަހުން) ފޮނުއްވުމަށްޓަކައެވެ.

  81. 17:80

    وَقُل رَّبِّ أَدْخِلْنِى مُدْخَلَ صِدْقٍ وَأَخْرِجْنِى مُخْرَجَ صِدْقٍ وَٱجْعَل لِّى مِن لَّدُنكَ سُلْطَـٰنًا نَّصِيرًا

    Wa-q̣ur Rabbi ʹadkhilnee Mudkhala Ṣidq̣iñw Waʹakhrijnee Mukhraja Ṣidq̣iñw wajʻal lee mil laduñka sulṭaanan naseeraa.

    (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު ވިދާޅުވާށެވެ! (ދަންނަވާށެވެ!) އޭ އަޅުގެ ربّ އެވެ! މިއަޅާ ތެދުވެރި ތަނަކަށް ވައްދަވާނދޭވެ! އަދި ތެދުވެރިތާކުން މިއަޅާ ނެރުއްވާނދޭވެ! (މިބަސްފުޅުގެ تفسير އެއްކަމުގައި تفسير علم ވެރިންގެ ވަރަށްގިނަ ބޭކަލުން ވިދާޅުވަނީ ވައްދަވާ ތެދުވެރިތަނަކީ المدينة المنوّرة އެވެ. އަދި ނެރުއްވާ ތެދުވެރިތަނަކީ مكّة المكرمة އެވެ.) އަދި އިބަރަސްކަލާނގެ حضرة ން މިއަޅާއަށް نصر ވެރި حجّة އެއް އަދި ގަދަ دليل އެއް ދެއްވާނދޭވެ! އެއީ مدينة ގައި إسلامى دولة އެއް قائم ކޮށްދެއްވުމަށް އެދިވަޑައިގެންނެވުންކަމުގައި ބުނެވުނެވެ.

  82. 17:81

    وَقُلْ جَآءَ ٱلْحَقُّ وَزَهَقَ ٱلْبَـٰطِلُ ۚ إِنَّ ٱلْبَـٰطِلَ كَانَ زَهُوقًا

    Wa-q̣ul jaaaʹal Ḥaq̣q̣u wa-zahaq̣al Baaṭil: ʹinnal Baaṭila kaana zahooq̣aa.

    އަދި ކަލޭގެފާނު ވިދާޅުވާށެވެ! حقّ އަތުވެއްޖެއެވެ. باطل ހަލާކުވެ ނެތިވެހިނގައްޖެއެވެ. ހަމަކަށަވަރުން باطل އެއީ ނެތިވެދާނޭ އެއްޗެކެވެ. • ދަންނައެވެ. މިއާޔަތުގައި އެވާ حقّ އާއި باطل އާއިމެދު ބަސްތަފާތެވެ. ބައެއްބޭކަލުން ވިދާޅުވަނީ حقّ ގެ މުރާދަކީ ކީރިތި قرآن އެވެ. باطل އަކީ شيطان އާއެވެ. އަނެއްބައި ބޭކަލުން ވިދާޅުވަނީ حقّ އަކީ مشرك ންނާ جهاد ކުރުމެވެ. باطل އަކީ شرك އެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވަނީ حقّ އަކީ އެކަމެއްގައި ﷲ ގެ ރުހިވޮޑިގަތުމާއި އެކަލާނގެއަށް ކިޔަމަންތެރިކަންވާ ކޮންމެ ކަމެކެވެ. އަދި باطل އަކީ އޭގެ އިދިކޮޅެވެ. = والله أعلم =

  83. 17:82

    وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَآءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ ٱلظَّـٰلِمِينَ إِلَّا خَسَارًا

    Wa-nunazzilu minal Q̣urʹaani maa- huwa Shifaaaʹuñw Wa-Raḥmatullil Muʹmineena walaa yazeeduz̤̣ z̤̣aalimeena ʹillaa khasaaraa.

    އަދި މި ކީރިތި قرآن ގައި مؤمن ންނަށްޓަކައިވާ ބަލިބަލީގެ شفاء (ފަރުވާ) އާއި އަދި رحمة ވެއެވެ. އަދި އަނިޔާވެރިންނަށް ކީރިތި قرآن ން ގެއްލުމާއި ހަލާކުމެނުވީ އިތުރު ނުވެއެވެ.

  84. 17:83

    وَإِذَآ أَنْعَمْنَا عَلَى ٱلْإِنسَـٰنِ أَعْرَضَ وَنَـَٔا بِجَانِبِهِۦ ۖ وَإِذَا مَسَّهُ ٱلشَّرُّ كَانَ يَـُٔوسًا

    Wa-ʹiẓaaa ʹanʻamnaa ʻalal ʹiñsaani ʹaʻraḍa wa-naʹaa bijaanibih; wa-ʹiẓaa massahush sharru kaana yaʹoosaa!

    އަދި އިންސާނާއަށް ޖެހިފައިވާ އުނދަގުލާއި مصيبة ފިއްލަވައި ތިމަންރަސްކަލާނގެ އޭނާއަށް نعمة ދެއްވާ ތަނަވަސްކޮށްދެއްވައިފިއްޔާ ތިމަންރަސްކަލާނގެއަށް ذِكر ކޮށް شكر ކުރުމުން އޭނާ އެނބުރި ފުރަގަސްދެއެވެ. އެކަންކަން ނުކުރެއެވެ. އަދި އޭނާއަށް ނުބަޔާއި އުނދަގޫ ޖެހިއްޖެއްޔާ އޭނާއަކީ މުޅިން ނާއުއްމީދުވެ މާޔޫސްވެގެންވާ މީހަކުކަމުގައި ވެދެއެވެ.

  85. 17:84

    قُلْ كُلٌّ يَعْمَلُ عَلَىٰ شَاكِلَتِهِۦ فَرَبُّكُمْ أَعْلَمُ بِمَنْ هُوَ أَهْدَىٰ سَبِيلًا

    Q̣ul kulluñy yaʻmalu ʻalaa Shaakilatih: fa-Rabbukum ʹaʻlamu biman huwa ʹahdaa Sabeelaa.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެ މީހަކުވެސް އޭނާގެ ގޮތަށް ނުވަތަ އޭނާއަށް ފެންނަގޮތަކަށް عمل ކުރަމުންދެއެވެ. އަދި އޭގެތެރެއިން އެންމެ ތެދުމަގުގައި ވަނީ ކާކުކަން ކަލޭގެފާނުންގެ ربّ ދެނެވޮޑިގެންވެއެވެ.

  86. 17:85

    وَيَسْـَٔلُونَكَ عَنِ ٱلرُّوحِ ۖ قُلِ ٱلرُّوحُ مِنْ أَمْرِ رَبِّى وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلَّا قَلِيلًا

    Wa-yasʹaloonaka ʻanir Rooḥ Q̣ulir Rooḥu min ʹAmri Rabbee wa-maaa ʹooteetum minal ʻilmi ʹillaa q̣aleelaa.

    އަދި (އޭ رسول ﷲ އެވެ!) رُوح އާއިމެދު އެބަހީ: ފުރާނަޔާމެދު އެމީހުން ކަލޭގެފާނާ ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! رُوح އެއީ އެކަލާނގެ ދެނެވޮޑިގަތުމަށް خاصّ ވެގެންވާ ކަންކަމުގެތެރެއިންވާ ކަމެކެވެ. (އެކަން ކަލޭމެންނަކަށް ނޭނގޭނެއެވެ.) އަދި علم ގެތެރެއިން ދާދި މަދުމިންވަރެއް މެނުވީ ކަލޭމެންނަށް ދެވިގެންނުވެއެވެ.

  87. 17:86

    وَلَئِن شِئْنَا لَنَذْهَبَنَّ بِٱلَّذِىٓ أَوْحَيْنَآ إِلَيْكَ ثُمَّ لَا تَجِدُ لَكَ بِهِۦ عَلَيْنَا وَكِيلًا

    Wa-laʹiñ shiʹnaa lanaẓhabanna billaẓeee ʹawḥaynaaa ʹilayka s̤umma laa- tajidu laka bihee ʻalaynaa wakeelaa,―

    އަދި (އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ އެދިވޮޑިގެންފިއްޔާ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލައްވާ وحي ހަމަކަށަވަރުން ތިމަންރަސްކަލާނގެ ގެންދަވައިފީހެވެ. (قرآن ގެ އެންމެހައި علم އެއް ގެންދަވައިފީހެވެ.) ދެން އެކަމާމެދު ތިމަންރަސްކަލާނގެއާ އިދިކޮޅަށް ކަލޭގެފާނަށް نصر ދީ وَكالة ކުރާނޭ وكيل އަކު ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ.

  88. 17:87

    إِلَّا رَحْمَةً مِّن رَّبِّكَ ۚ إِنَّ فَضْلَهُۥ كَانَ عَلَيْكَ كَبِيرًا

    ʹIllaa Raḥmatam mir Rabbika ʹinna Faḍlahoo kaana ʻalayka kabeeraa.

    ހަމައެކަނި ކަލޭގެފާނުންގެ ربّ ގެ حضرة ންވާ رحمة އެއްމެނުވީއެވެ. (އެބަހީ: ކަލޭގެފާނަށް ބާވައިލެއްވި وحي އެކަލާނގެ ނުގެންދަވައި ކަލޭގެފާނުންގެ ހިތްޕުޅުގައި ثابت ކުރައްވާފައި އެވަނީ ހަމައެކަލާނގެ رحمة އާއި فضل ވަންތަކަމެވެ.) ހަމަކަށަވަރުން އެކަލާނގެ فضل ވަންތަކަން ކަލޭގެފާނުންގެމައްޗަށް ބޮޑުވެގެންވެއެވެ.

  89. 17:88

    قُل لَّئِنِ ٱجْتَمَعَتِ ٱلْإِنسُ وَٱلْجِنُّ عَلَىٰٓ أَن يَأْتُوا۟ بِمِثْلِ هَـٰذَا ٱلْقُرْءَانِ لَا يَأْتُونَ بِمِثْلِهِۦ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا

    Q̣ul laʹinij tamaʻatil ʹIñsu wal-Jinnu ʻalaaa ʹañy yaʹtoo bimis̤li haaẓal Q̣urʹaani laa- yaʹtoona bimis̤lihee wa-law kaana baʻḍuhum libaʻḍiñ z̤̣aheeraa.

    ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އިންސީންނާއި ޖިންނީން ޖަމާވެގެން އެފަދަ قرآن އެއް ގެނައުމަށް މަސައްކަތްކުރިޔަސް އެފަދަ قرآن އެއް ނުގެނެވޭނެއެވެ. އަދި އޭގެ އެއްބަޔަކު އަނެއްބަޔަކާއި ވާގިވެރިވެ އެހީތެރިވިޔަސް އެކަމެއް ނުވާނެއެވެ.

  90. 17:89

    وَلَقَدْ صَرَّفْنَا لِلنَّاسِ فِى هَـٰذَا ٱلْقُرْءَانِ مِن كُلِّ مَثَلٍ فَأَبَىٰٓ أَكْثَرُ ٱلنَّاسِ إِلَّا كُفُورًا

    Wa-laq̣ad ṣarrafnaa linnaasi fee haaẓal Q̣urʹaani miñ kulli mas̤al: faʹabaaa ʹaks̤arun naasi ʹillaa kufooraa!

    އަދި މި قرآن ގައި މީސްތަކުންނަށްޓަކައި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކޮންމެ ވައްތަރަކުންވެސް مثال ތައް بيان ކޮށްދީފީމެވެ. ފަހެ މީސްތަކުންކުރެ ގިނަމީހުން (حقّ އާއި އިދިކޮޅުހަދައި) كافر ވުންމެނުވީ إختيار ނުކުރިއެވެ. (އެކަލާނގެ حجّة ތަކާއި دليل ތައް قبول ކުރުމުން މަނާވެގަތީއެވެ.)

  91. 17:90

    وَقَالُوا۟ لَن نُّؤْمِنَ لَكَ حَتَّىٰ تَفْجُرَ لَنَا مِنَ ٱلْأَرْضِ يَنۢبُوعًا

    Wa-q̣aaloo lan nuʹmina laka ḥattaa tafjura lanaa minal ʹarḍi yambooʻaa;

    (އޭ رسول ﷲ އެވެ!) އަދި އެ مشرك ން ކަލޭގެފާނަށް ދެންނެވިއެވެ. (މިރަށުގެ) ބިމުން ފެންއާރެއް ފަޅުއްވައިގެން ގެންނަވައިފުމަށްދާންދެން އަހުރެމެން ކަލޭގެފާނަށް إيمان ނުވާހުށީމެވެ.

  92. 17:91

    أَوْ تَكُونَ لَكَ جَنَّةٌ مِّن نَّخِيلٍ وَعِنَبٍ فَتُفَجِّرَ ٱلْأَنْهَـٰرَ خِلَـٰلَهَا تَفْجِيرًا

    ʹAw takoona laka jannatum min nakheeliñw waʻinabiñ fatufajjiral ʹanhaara khilaalahaa tafjeeraa;

    ނުވަތަ ކަދުރު ރުކާއި މޭބިސްކަދުރު ގެ ބަގީޗާއެއް ކަލޭގެފާނަށް އޮވެފައި އެގަސްތަކުގެ ތެރޭގައި ފެންއާރެއް ފެޅިގެން ދެމެވިއްޖައުމަށްދާންދެން (އަހުރެމެން ކަލޭގެފާނަށް އީމާންނުވާހުށީމެވެ.)

  93. 17:92

    أَوْ تُسْقِطَ ٱلسَّمَآءَ كَمَا زَعَمْتَ عَلَيْنَا كِسَفًا أَوْ تَأْتِىَ بِٱللَّهِ وَٱلْمَلَـٰٓئِكَةِ قَبِيلًا

    ʹAw tusq̣iṭas samaaaʹa kamaa zaʻamta ʻalaynaa kisafan ʹaw taʹtiya billaahi wal-malaaaʹikati q̣abeelaa;

    ނުވަތަ ކަލޭގެފާނު ތިޔަހީފުޅުކުރައްވާފަދައިން އުޑު ކުދިކުދިވެގެން އޭގެ އެތިގަނޑުގަނޑު އަހުރެމެންގެމައްޗަށް ވެރިއްޖައުމަށްދާންދެން ނުވަތަ އަހުރެމެންގެ ކޮންމެ قبيلة އަކަށްވެސް ފެންނާނޭގޮތަށް ކަލޭގެފާނު އަހުރެމެންގެގާތަށް ﷲ އާއި ملائكة ބޭކަލުން ގެންނަވައިފުމަށްދާންދެން (އަހުރެމެން ކަލޭގެފާނަށް إيمان ނުވާހުށީމެވެ.) ނުވަތަ ހަމަ ފައުޅުގައި އަހުރެމެންނަށް ﷲ އާއި ملائكة ބޭކަލުން ފެންނަފަށަށް ގެންނަވައިފުމަށްދާންދެން އަހުރެމެން އީމާނެއްނުވާނަމެވެ.

  94. 17:93

    أَوْ يَكُونَ لَكَ بَيْتٌ مِّن زُخْرُفٍ أَوْ تَرْقَىٰ فِى ٱلسَّمَآءِ وَلَن نُّؤْمِنَ لِرُقِيِّكَ حَتَّىٰ تُنَزِّلَ عَلَيْنَا كِتَـٰبًا نَّقْرَؤُهُۥ ۗ قُلْ سُبْحَانَ رَبِّى هَلْ كُنتُ إِلَّا بَشَرًا رَّسُولًا

    ʹAw yakoona laka baytum miñ zukhrufin ʹaw tarq̣aa fis samaaaʹ. Wa-lan nuʹmina liruq̣iyyika ḥattaa tunazzila ʻalaynaa kitaaban naq̣raʹuh. Q̣ul Subḥaana Rabbee hal kuñtu ʹillaa basharar Rasoolaa?

    ނުވަތަ ރަނުން ޒީނަތްތެރިވެގެންވާ ގެއެއް ކަލޭގެފާނަށް ހުރެއްޖައުމަށްދާންދެން (އަހުރެމެން ކަލޭގެފާނަށް إيمان ނުވާހުށީމެވެ.) ނުވަތަ ސިޑިޔަކުން ކަލޭގެފާނު އުޑަށް އަރާވަޑައިގެންފުމަށްދާންދެންނެވެ. އަދި ކަލޭގެފާނަށް تبع ވުމަށް بيان ވެގެންވާ ފޮތެއް އަހުރެމެން ކިޔެވުމަށް ކަލޭގެފާނުން ގެންނެވިއްޔާމެނުވީ ކަލޭގެފާނު އުޑަށް އަރާވަޑައިގެންނެވިކަމަށް އަހުރެމެން ތެދެއް ނުކުރާނަމެވެ. (އޭ رسول ﷲ އެވެ! މިހުރިހާކަމެއްގެ ޖަވާބުގައި) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ ربّ ހުސް طاهر ވަންތައެވެ. ފަހެ رسول ކަމާއިގެން ފޮނުއްވިފައިވާ آدم ގެދަރިއަކުކަމުގައި މެނުވީ އަހުރެން އެބަވޭހެއްޔެވެ؟ (އެބަހީ: އަހުރެންނަކީހަމަ ފޮނުއްވިގެންވާ رسولއަކީމެވެ. އެކަލާނގެ އަހުރެންނާމެދު އިރާދަކުރެއްވިކަމެއްމެނުވީއަހުރެންނަކަށް ނުވާނެއެވެ.)

  95. 17:94

    وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوٓا۟ إِذْ جَآءَهُمُ ٱلْهُدَىٰٓ إِلَّآ أَن قَالُوٓا۟ أَبَعَثَ ٱللَّهُ بَشَرًا رَّسُولًا

    Wa-maa manaʻan naasa ʹañy yuʹminooo ʹiẓ jaaaʹahumul Hudaaa ʹillaaa ʹañ q̣aalooo ʹabaʻas̤al laahu basharar Rasoolaa?

    އަދި މީސްތަކުންގެގާތަށް ތެދުމަގު އައިހިނދުން އެމީހުން إيمان ނުވުމުގެ ސަބަބެއްކަމުގައި " ﷲ تعالى آدم ގެދަރިއަކު رسول ކަމާއިގެން ފޮނުއްވީހެއްޔެވެ؟" މިހެން އެމީހުން ބުނުންކަމުގައިމެނުވީ ނުވެއެވެ.

  96. 17:95

    قُل لَّوْ كَانَ فِى ٱلْأَرْضِ مَلَـٰٓئِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِم مِّنَ ٱلسَّمَآءِ مَلَكًا رَّسُولًا

    Q̣ul law kaana fil ʹarḍi malaaaʹikatuñy yamshoona muṭmaʹinneena lanazzalnaa ʻalayhim minas samaaaʹi malakar rasoolaa.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ބިންމަތީގައި ހިންގަވާ ހައްދަވައި ހަމަޖެހިވަޑައިގެން މަލާއިކަތްބޭކަލުން އުޅުއްވާނަމަ އެބޭކަލުންގެގާތަށް رسول ބޭކަލަކުކަމުގައި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އުޑުން މަލާއިކަތްބޭކަލަކު ފޮނުއްވީމުހެވެ.

  97. 17:96

    قُلْ كَفَىٰ بِٱللَّهِ شَهِيدًۢا بَيْنِى وَبَيْنَكُمْ ۚ إِنَّهُۥ كَانَ بِعِبَادِهِۦ خَبِيرًۢا بَصِيرًا

    Q̣ul kafaa billaahi shaheedam baynee wa-baynakum: ʹinnahoo kaana biʻibaadihee khabeeram Baṣeeraa.

    ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނާއި ތިމަންކަލޭގެފާނާ ދެމެދުގައިވާ ހެކިވެރިއަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ. ހަމަކަށަވަރުން އެކަލާނގެ އަޅުތަކުންގެ خبر ތައް ދެނެވޮޑިގެންވާ އަދި ބައްލަވާވޮޑިގެންވާ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.

  98. 17:97

    وَمَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُمْ أَوْلِيَآءَ مِن دُونِهِۦ ۖ وَنَحْشُرُهُمْ يَوْمَ ٱلْقِيَـٰمَةِ عَلَىٰ وُجُوهِهِمْ عُمْيًا وَبُكْمًا وَصُمًّا ۖ مَّأْوَىٰهُمْ جَهَنَّمُ ۖ كُلَّمَا خَبَتْ زِدْنَـٰهُمْ سَعِيرًا

    Wa-mañy yahdil laahu fahuwal muhtad; wa-mañy yuḍlil falañ tajida lahum ʹawliyaaaʹa miñ doonih. Wa-naḥshuruhum Yawmal Q̣iyaamati ʻalaa wujoohihim ʻumyañw Wabukmañw waṣummaa: maʹwaahum Jahannam: kullamaa khabat zidnaahum Saʻeeraa.

    އަދި ﷲ އެމީހަކަށް ތެދުމަގު ދައްކަވާމީހަކު (ދަންނައެވެ!) ތެދުމަގުގައިވާ މީހަކީ އެމީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވާމީހާ (ދަންނައެވެ!) ފަހެ އެފަދަ މީހުންނަށް އެކަލާނގެ ފިޔަވައި نصر ދީ ވާގިވެރިވާނޭ އެހެން نصر ވެރިންނެއް ކަލޭގެފާނަށް ފެނިވަޑައިނުގަންނަވާނެއެވެ. އަދި قيامة ދުވަހުން ތިމަންރަސްކަލާނގެ އެމީހުން محشر ކުރައްވާހުށީ އެމީހުންގެ މޫނުވަތަށެވެ. ކަނު މަންމަން އަދި ބީރުބަޔަކުކަމުގައިވާ ހާލުގައެވެ. އަދި އެމީހުންގެ ޓިކާނާއަކީ ޖާގަޔަކީ ނަރަކައެވެ. އެނަރަކައިގެ އެނދުމާއި ތެޅުން މަޑުވެލާ ކޮންމެހިނދެއްގައި ތިމަންރަސްކަލާނގެ އެމީހުންނަށް އެނދުމާއި އަލިފާން އިތުރުކުރައްވާހުށީމެވެ.

  99. 17:98

    ذَٰلِكَ جَزَآؤُهُم بِأَنَّهُمْ كَفَرُوا۟ بِـَٔايَـٰتِنَا وَقَالُوٓا۟ أَءِذَا كُنَّا عِظَـٰمًا وَرُفَـٰتًا أَءِنَّا لَمَبْعُوثُونَ خَلْقًا جَدِيدًا

    Ẓaalika jazaaaʹuhum̃ biʹannahum kafaroo biʹAayaatinaa wa-q̣aalooo ʹa-ʹiẓaa kunnaa ʻi-Z̤̣aamañw Warufaatan ʹa-ʹinnaa lamabʻoos̤oona khalq̣añ jadeedaa?

    އެމީހުންނަށް އެޖަޒާ އެދެއްވެނީ ހަމަކަށަވަރުން އެމީހުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރިކަމަށްޓަކައެވެ. އަދި އެމީހުން ދުނިޔޭގައިތިބިއިރު އެމީހުން ބުންޏެވެ. (އެއީ އިންކާރުކުރުމުގެގޮތުން ބުނިބުނުމެކެވެ.) އަހުރެމެން ފަހެ މަރުވެ ކަށްޓަށްވެ ކަށިތައް ފީވެ ވެއްޔަށްވުމުން އަލުން އާހެއްދެވުމަކުން އަހުރެމެން ހެއްދެވޭނޭހެއްޔެވެ؟ (އެއީ ވާނޭކަމެއްނޫނެވެ.)

  100. 17:99

    ۞ أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ قَادِرٌ عَلَىٰٓ أَن يَخْلُقَ مِثْلَهُمْ وَجَعَلَ لَهُمْ أَجَلًا لَّا رَيْبَ فِيهِ فَأَبَى ٱلظَّـٰلِمُونَ إِلَّا كُفُورًا

    ʹAwalam yaraw ʹannal laahal laẓee khalaq̣as samaawaati wal-ʹarḍa Q̣aadirun ʻalaaa ʹañy yakhluq̣a mis̤lahum wa-jaʻala lahum ʹajalal laa rayba feeh. Faʹabaz̤̣ z̤̣aalimoona ʹillaa kufooraa.

    (އޭގެ ޖަވާބުގައި ﷲ وحي ކުރެއްވިއެވެ.) ހަމަކަށަވަރުން ﷲ އުޑުތަކާއި ބިން ހެއްދެވިކަން އެމީހުންނަށް ފަހެ ނޭނގެނީހެއްޔެވެ؟ (އެމީހުންނަށް އެކަން އެނގޭނެއެވެ.) އެފަދަ ކަންކަމަށް ކުޅަދުންވަންތަވިކަލަކަށް އެމީހުން މަރުވުމަށްފަހު އެމީހުންގެ ސިފަޔަށް އެމީހުން އަލުން ހެއްދެވުމަށް ކުޅަދުންވަންތަވެވޮޑިގެންވާނެކަން ކަށަވަރެވެ. ފަހެ އަނިޔާވެރިން (مشرك ން) ކާފަރުކަމާއި ދެކޮޅުވެރިކަން މެނުވީ އިތުރު ނުކުރެއެވެ. (އެބަހީ: އެމީހުންގެ ގޮތަކަށްވީ ކާފަރުކަމާއި ދެކޮޅުވެރިކަމެވެ.)

  101. 17:100

    قُل لَّوْ أَنتُمْ تَمْلِكُونَ خَزَآئِنَ رَحْمَةِ رَبِّىٓ إِذًا لَّأَمْسَكْتُمْ خَشْيَةَ ٱلْإِنفَاقِ ۚ وَكَانَ ٱلْإِنسَـٰنُ قَتُورًا

    Q̣ul law ʹañtum tamlikoona khazaaaʹina Raḥmati Rabbeee ʹiẓal laʹamsaktum khashyatal ʹiñfaaq̣: wa-kaanal ʹiñsaanu q̣atooraa.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ ربّ ގެ رحمة ގެ خزانة ތައް އެބަހީ: މުދަލުގެ خزانة ތައް ކަލޭމެންނަށް ملك ވީނަމަވެސް فقير ވެދާނޭކަމަށް ބިރުން ކަލޭމެން އެއިން خرد ނުކޮށް މީހަކަށް އެއްޗެއް ނުދީ ހިފެހެއްޓީހެވެ. އަދި އިންސާނާވީ بخيل މީހަކުކަމުގައެވެ.

  102. 17:101

    وَلَقَدْ ءَاتَيْنَا مُوسَىٰ تِسْعَ ءَايَـٰتٍۭ بَيِّنَـٰتٍ ۖ فَسْـَٔلْ بَنِىٓ إِسْرَٰٓءِيلَ إِذْ جَآءَهُمْ فَقَالَ لَهُۥ فِرْعَوْنُ إِنِّى لَأَظُنُّكَ يَـٰمُوسَىٰ مَسْحُورًا

    Wa-laq̣ad ʹaataynaa Moosaa tisʻa ʹAayaatim Bayyinaatiñ fasʹal Baneee ʹIsraaaʹeela ʹiẓ jaaaʹahum faq̣aala lahoo Firʻawnu ʹinnee laʹaz̤̣unnuka yaa-Moosaa mas-ḥooraa.

    އަދި ހަމަކަށަވަރުން موسى (عليه السّلام) އަށް ތިމަންރަސްކަލާނގެ ބަޔާންވެ ފައުޅުވެގެންވާ ނުވަ دليل އެބަހީ: ނުވަ معجزة ދެއްވީމެވެ. (އެ ނުވަ معجزة އަކީ، އެކަލޭގެފާނުންގެ عصاء ކޮޅު، އެކަލޭގެފާނުންގެ އަތްޕުޅުގެ معجزة -، طوفان، ގޮއްފުޅަނގި، އުކުނު-، ބޮއް، ލެއި، ތަދުމަޑު އަހަރުތައް-، މޭވާ މަދުކުރެއްވުން، މިއެވެ. (މީގެ ބައެއް معجزة ގައި إختلاف ހުރިނަމަވެސް މި معجزة ތަކަކީ އެންމެން ދަންނަ مشهور معجزة ތަކެވެ. والله أعلم) (އޭ رسو ﷲ އެވެ!) ކަލޭގެފާނު އެމީހުންނާއި އެބަހީ: بني إسرائيل ންނާ ސުވާލުކުރައްވާ ބައްލަވާށެވެ! އެމީހުންގެގާތަށް އެކަލޭގެފާނު - يعني: موسى عليه السّلام މިއާޔަތްތަކާއިގެން ވަޑައިގެންނެވިހިނދުން ފަހެ فرعون އެކަލޭގެފާނަށް ދެންނެވިއެވެ. އޭ موسى އެވެ! އަހުރެންނަށް ކަލެޔާމެދު ހީވަނީ ކަލެއަކީ سِحْرُ ޖެހިފައިވާ މީހަކުކަމަށެވެ. (ނުވަތަ سحر ވެރިޔަކުކަމުގައެވެ.)

  103. 17:102

    قَالَ لَقَدْ عَلِمْتَ مَآ أَنزَلَ هَـٰٓؤُلَآءِ إِلَّا رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ بَصَآئِرَ وَإِنِّى لَأَظُنُّكَ يَـٰفِرْعَوْنُ مَثْبُورًا

    Q̣aala laq̣ad ʻalimta maaa ʹañzala haaaʹulaaaʹi ʹillaa Rabbus samaawaati wal-ʹarḍi baṣaaaʹir: wa-ʹinnee laʹaz̤̣unnuka yaa-Firʻawnu mas̤booraa!

    އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. (އޭ فرعون އެވެ!) ހަމަކަށަވަރުން މިއާޔަތްތައް ބާވައިލެއްވީ އުޑުތަކާއި ބިމުގެ ވެރި ربّ ކަމުގައި މެނުވީ ނުވާކަން ކަލެއަށް ރަނގަޅަށް އެނގޭނެއެވެ. އެއީ ﷲ ގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަން بيان ކޮށްދޭ، އަދި އަހުރެންގެ رسول ކަން ތެދުކަމުގެ މައްޗަށް دليل ކުރާ عبرة ން ފުރިގެންވާ دليل ތަކެކެވެ. އޭ فرعون އެވެ! އަހުރެންނަށް ހީވާގޮތުގައި (ނުވަތަ يقين ކުރާގޮތުގައި) ކަލެއަކީ ހުރިހާ ހެވަކުން ހުސްވެގެންވާ މީހެކެވެ. ގެއްލި ހަލާކުވެގެންވާ މީހެކެވެ.

  104. 17:103

    فَأَرَادَ أَن يَسْتَفِزَّهُم مِّنَ ٱلْأَرْضِ فَأَغْرَقْنَـٰهُ وَمَن مَّعَهُۥ جَمِيعًا

    Faʹaraada ʹañy yastafizzahum minal ʹarḍi faʹag̣raq̣naahu wa-mam maʻahoo jameeʻaa.

    އަދި އެބަނީއިސްރާއީލުން (مصر ގެ) ބިމުން ނެރެލައި ސިއްސުވައިލުމަށް އެ فرعون قصد ކުރިއެވެ. ދެންފަހެ ތިމަންރަސްކަލާނގެ އޭނާޔާއި އަދި އޭނާޔާއެކުގައިވާ މީސްތަކުން އެ އެންމެން ކަނޑުގައި غرق ކޮށްލީއެވެ.

  105. 17:104

    وَقُلْنَا مِنۢ بَعْدِهِۦ لِبَنِىٓ إِسْرَٰٓءِيلَ ٱسْكُنُوا۟ ٱلْأَرْضَ فَإِذَا جَآءَ وَعْدُ ٱلْـَٔاخِرَةِ جِئْنَا بِكُمْ لَفِيفًا

    Wa-q̣ulnaa mim baʻdihee li-Baneee ʹIsraaaʹeelas kunul ʹarḍa faʹiẓaa jaaaʹa Waʻdul ʹaakhirati jiʹnaa bikum lafeefaa.

    އަދި އޭގެފަހުގައި بني إسرائيل ންނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. ކަލޭމެން (بيت المقدس ގެ) ބިމުގައި ވަޒަންވެރިވާށެވެ! ދެންފަހެ آخرة ވުމުގެ وعد ފުޅުއަތުވެއްޖެއްޔާ ތިމަންރަސްކަލާނގެ ކަލޭމެން އެންމެން (ކައްވަޅުތަކުންނެރުއްވައި) މައްސުނިކޮށް އެއްކޮށްލައްވާހުށީމެވެ.

  106. 17:105

    وَبِٱلْحَقِّ أَنزَلْنَـٰهُ وَبِٱلْحَقِّ نَزَلَ ۗ وَمَآ أَرْسَلْنَـٰكَ إِلَّا مُبَشِّرًا وَنَذِيرًا

    Wa-bil-Ḥaq̣q̣i ʹañzalnaahu wa-bil-Ḥaq̣q̣i nazal: wa-maaa ʹarsalnaaka ʹillaa Mubashshirañw Wa-Naẓeeraa.

    އަދި ތިމަންރަސްކަލާގެ އެ قرآن ބާވައިލެއްވީ حقّ އާއިގެންނެވެ. (އެއީ ﷲ ގެ أمر ފުޅުތަކާއި نهى ތަކާއި حكم ތަކާއި عدل إنصاف އާއި أخلاق އާއި ދެންވެސް އެބާވަތުގެ އެންމެހައި حقّ އަކާއިގެންނެވެ. އަދި محمّد ﷺ އާ ހަމައަށް އެ قرآن واصل ވީވެސް ހަމަ حقّ ގޮތުގައެވެ. (އަދި އޭ رسول ﷲ އެވެ!) އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި އަދި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައިމެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު رسول ކަމާއިގެން ނުފޮނުއްވަމެވެ.

  107. 17:106

    وَقُرْءَانًا فَرَقْنَـٰهُ لِتَقْرَأَهُۥ عَلَى ٱلنَّاسِ عَلَىٰ مُكْثٍ وَنَزَّلْنَـٰهُ تَنزِيلًا

    Wa-Q̣urʹaanañ faraq̣naahu litaq̣raʹahoo ʻalan naasi ʻalaa muks̤iñw wanazzalnaahu tañzeelaa.

    އަދި ތިމަންރަސްކަލާނގެ އެ قرآن بيان ކޮށްދެއްވައި حقّ އާއި باطل ވަކިކޮށްދެއްވީމެވެ. އެއީ ކަލޭގެފާނު އެ قرآن މީސްތަކުންނަށް ލަސްލަހުން تَرْتِيْلُ ކޮށް ރީތިކޮށް ކިޔަވާ ވިދާޅުވެދެއްވުމަށެވެ. އަދި ތިމަންރަސްކަލާނގެ އެ قرآن ކަނޑައެޅިގެން އެކިފަހަރުފަހަރުމަތިން ބާވައިލެއްވީމެވެ.

  108. 17:107

    قُلْ ءَامِنُوا۟ بِهِۦٓ أَوْ لَا تُؤْمِنُوٓا۟ ۚ إِنَّ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ مِن قَبْلِهِۦٓ إِذَا يُتْلَىٰ عَلَيْهِمْ يَخِرُّونَ لِلْأَذْقَانِ سُجَّدًا

    Q̣ul ʹaaminoo biheee ʹaw laa- tuʹminoo: ʹinnal laẓeena ʹootul ʻilma miñ q̣abliheee ʹiẓaa yutlaa ʻalayhim yakhirroona lil-ʹaẓq̣aani sujjadaa,

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އެ قرآن އަށް إيمان ވާށެވެ! ނުވަތަ ކަލޭމެން إيمان ނުވާށެވެ! (އެކަމުން ﷲ ގެ رحمة ގެ خزانة އަށް އުނިއިތުރު ނުވާނެއެވެ.) ހަމަކަށަވަރުން އެ قرآن ބާވައިލެއްވުމުގެކުރީގައި علم ދެއްވުނުމީހުންގެމައްޗަށް އެ قرآن ކިޔެވިއްޖެއްޔާ އެމީހުންގެ މޫނުތައް (ﷲ އަށް) سجدة ކުރާ حال ތިރިކުރެއެވެ.

  109. 17:108

    وَيَقُولُونَ سُبْحَـٰنَ رَبِّنَآ إِن كَانَ وَعْدُ رَبِّنَا لَمَفْعُولًا

    Wa-yaq̣ooloona Subḥaana Rabbinaaa ʹiñ kaana waʻdu Rabbinaa lamafʻoolaa!

    އަދި އެމީހުން ދަންނަވައެވެ. އަޅަމެންގެ ربّ ހުސް طاهر ވަންތައެވެ! ހަމަކަށަވަރުން އަޅަމެންގެ ربّ ގެ وعد އެއީ ކަނޑައެޅިގެން ވާނޭކަމެކެވެ. އެއީ ޝައްކެއްނެތްކަމެކެވެ.

  110. 17:109

    وَيَخِرُّونَ لِلْأَذْقَانِ يَبْكُونَ وَيَزِيدُهُمْ خُشُوعًا ۩

    Wa-yakhirroona lil-ʹaẓq̣aani yabkoona wa-yazeeduhum khushooʻaa.

    އަދި އެމީހުން (އެ قرآن ގައިވާ وعظ އާއި نصيحة އާއި عبرة ގެ ސަބަބުން) ރޯ حال އެމީހުންގެ މޫނުތައް ﷲ އަށް سجدة އަށް ތިރިކުރެއެވެ. އަދި އެ قرآن އެމީހުންނަށް މަޑުމޮޅިކަމާއި ބިރުވެރިކަން އިތުރުކޮށްދެއެވެ. (މިއީ يهودي ންނާއި نصارى އިންގެތެރޭގައި ތިބި ރަނގަޅު مؤمن ންގެ خبر އެކެވެ.)

  111. 17:110

    قُلِ ٱدْعُوا۟ ٱللَّهَ أَوِ ٱدْعُوا۟ ٱلرَّحْمَـٰنَ ۖ أَيًّا مَّا تَدْعُوا۟ فَلَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَٱبْتَغِ بَيْنَ ذَٰلِكَ سَبِيلًا

    Q̣ulid ʻul laaha ʹawid ʻur Raḥmaan: ʹayyam maa tadʻoo falahul ʹAsmaaaʹul Ḥusnaa. Wa-laa tajhar bi-Ṣalaatika wa-laa tukhaafit bihaa wabtag̣i bayna ẓaalika Sabeelaa.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (އޭ މިތިބަ مشرك ންނޭވެ!) ކަލޭމެން ﷲ އަށް دعاء ކުރާށެވެ! ގޮވާށެވެ! ނުވަތަ ކަލޭމެން رحمن އަށް دعاء ކުރާށެވެ! ގޮވާށެވެ! އެތަނުން ކޮންމެފަރާތަކަށް ގޮވިޔަސް މައްސަލައެއްނެތެވެ. (އެއީ ދެ إله އެއްނޫނެވެ. އެއީ ހަމަ އެއްކައުވަންތަ އެއް إله އެކެވެ. އެއީ ﷲ އެވެ.) ފަހެ އެކަލާނގެއަށް އެންމެ ރިވެތިވެގެންވާ އެންމެ ފުރިހަމަ އެންމެ ކީރިތި ނަންފުޅުތައްވެއެވެ. އެންމެ ފުރިހަމަ ސިފަފުޅުތައްވެއެވެ. އޭ رسول ﷲ އެވެ! ކަލޭގެފާނު ނަމާދުފުޅުކުރައްވާއިރު މާބޮޑަށް އަޑުހަރު ނުކުރައްވާށެވެ! ނުވަތަ دعاء ކުރައްވާއިރު މާބޮޑަށް އަޑުފުޅު މަޑުވެސް ނުކުރައްވާށެވެ! މާބޮޑަށް ވަންހަނާ ނުކުރައްވާށެވެ! އަދި އެދެމެދުގެ ވަރެއް إختيارކުރައްވާށެވެ!\n• ދަންނައެވެ. މިއާޔަތް ބާވައިލެއްވުނު ސަބަބަކާއި އަދި މިއާޔަތުން މުރާދުވާ މާނަޔަކާ މެދު ވަރަށްބޮޑު إختلاف އެބަހުއްޓެވެ. އެވާހަކަތައް تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. މިހެންވެ މިވާހަކަ ހަނދާންކޮށްދިނީމެވެ.

  112. 17:111

    وَقُلِ ٱلْحَمْدُ لِلَّهِ ٱلَّذِى لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُۥ شَرِيكٌ فِى ٱلْمُلْكِ وَلَمْ يَكُن لَّهُۥ وَلِىٌّ مِّنَ ٱلذُّلِّ ۖ وَكَبِّرْهُ تَكْبِيرًۢا

    Wa-q̣ulil Ḥamdu lillaahil laẓee lam yattakhiẓ waladañw walam yakul lahoo shareekuñ fil mulki wa-lam yakul lahoo waliyyum minaẓ ẓulli wa-kabbirhu takbeeraa.

    (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު ވިދާޅުވާށެވެ! އެންމެހައި تعريف އާއި ثناء އެއް خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. އެކަލާނގެއީ އެކަލާނގެއަށް އެއްވެސް ދަރިކަލަކުނުވާ ކަލާނގެއެވެ. އަދި އެކަލާނގެ ވެރިކަމާއި މިލްކުގައި ބައިވެރިވާނޭ އެކަކުވެސް ނުވެއެވެ. އަދި (ދެރަމީހުންނަށް نصر ވެރިންނާއި އެހީތެރިން ބޭނުންވާގޮތަށް) އެކަލާނގެއަށް އެއްވެސް نصر ވެރިއަކު ވާގިވެރިއަކު ބޭނުންވެވޮޑިގެން ނުވެއެވެ. (އެކަލާނގެ އަމިއްލަ ޒާތުފުޅާއިގެން ފުދިވޮޑިގެންވެއެވެ.) އަދި ކަލޭގެފާނުންގެ عمل ފުޅާއި ބަސްފުޅުން އެކަލާނގެ عزّة ވަންތަކުރައްވައި މާތްކުރައްވާށެވެ. (އެކަލާނގެ ހައިބަވަންތަކުރައްވައި ބޮޑުކުރައްވާށެވެ.)

  113. Surah Al-KahfBegins here at 18:1

  114. 18:1

    ٱلْحَمْدُ لِلَّهِ ٱلَّذِىٓ أَنزَلَ عَلَىٰ عَبْدِهِ ٱلْكِتَـٰبَ وَلَمْ يَجْعَل لَّهُۥ عِوَجَا ۜ

    ʹAl-Ḥamdu lillaahil laẓeee ʹañzala ʻalaa ʻAbdihil Kitaaba wa-lam yajʻal lahoo ʻiwajaa―

    އެންމެހައި حمد އާއި ثناء އާއި تعريف އެއް حقّ ވެގެންވަނީ ހަމަ ﷲ އަށެވެ. އެކަލާނގެއީ އެކަލާނގެ އަޅާގެމައްޗަށް (محمّد ﷺ ގެމައްޗަށް) ފޮތް يعني: ކީރިތި قرآن ބާވައިލެއްވި ކަލާނގެއެވެ. އެފޮތުގައި އެކަލާނގެ އެއްވެސް ގުދުކަމެއް ކަތިކަމެއް ނުލައްވައެވެ.

  115. 18:2

    قَيِّمًا لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ وَيُبَشِّرَ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّـٰلِحَـٰتِ أَنَّ لَهُمْ أَجْرًا حَسَنًا

    Q̣ayyimal liyuñẓira Baʹsañ shadeedam mil ladunhu wa-yubashshiral Muʹmineenal laẓeena yaʻmaloonaṣ ṣaalihaati ʹanna lahum ʹAjran ḥasanaa,

    އެއީ ސީދާވެގެންވާ عدل ވެރި ފޮތެއްގެގޮތުގައެވެ. މީސްތަކުންނަށް ﷲ ގެ حضرة ން އަތުވެދާނޭ ގަދަވެގެންވާ އަވަސް عذاب އަކާ މެދު އެކަލޭގެފާނު މީސްތަކުންނަށް إنذار ކުރެއްވުމަށެވެ. ބިރުގެންނެވުމަށެވެ. އަދި صالح عمل ކުރާ مؤمن ންނަށް (قيامة ދުވަހުން) ރަނގަޅުވެގެންވާ މާތް ދަރުމައެއް ހުރިކަމުގެ އުފާވެރި خبر އެމީހުންނަށް ދެއްވުމަށެވެ. އެއީ ފޮތް ބާވައިލެއްވުމުގެ އެއް مقصد އެވެ.

  116. 18:3

    مَّـٰكِثِينَ فِيهِ أَبَدًا

    Maakis̤eena feehi ʹabadaa:

    އެމީހުން އެދަރުމައިގައި (އެރަނގަޅު އުޖޫރައިގައި) އަބަދާއަބަދު ދެމިތިބޭ ހުއްޓެވެ. ސުވަރުގޭގައެވެ.

  117. 18:4

    وَيُنذِرَ ٱلَّذِينَ قَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًا

    Wa-yuñẓiral laẓeena q̣aalut takhaẓal laahu waladaa:

    (އަދި އެކަލޭގެފާނަށް އެފޮތް ބާވައިލެއްވީ) ﷲ ދަރިކަލަކު ހިތްޕަވާ إختيار ކުރައްވައިފިޔޭ ބުނާ މީހުންނަށްވެސް އެކަލޭގެފާނު إنذار ކުރައްވައި ބިރުގެންނެވުމަށެވެ.

  118. 18:5

    مَّا لَهُم بِهِۦ مِنْ عِلْمٍ وَلَا لِـَٔابَآئِهِمْ ۚ كَبُرَتْ كَلِمَةً تَخْرُجُ مِنْ أَفْوَٰهِهِمْ ۚ إِن يَقُولُونَ إِلَّا كَذِبًا

    Maa- lahum̃ bihee min ʻilmiñw walaa liʹaabaaaʹihim. Kaburat kalimatañ takhruju min ʹafwaahihim. ʹIñy yaq̣ooloona ʹillaa kaẓibaa.

    އެކަލާނގެއާ މެދު ނުވަތަ އެމީހުން އެހެން ބުނުމާމެދު އެމީހުންނަށްވެސް އެއްވެސް އެނގުމެއްނުވެއެވެ. އަދި އެމީހުންގެ ކާބަފައިންނަށްވެސް އެއްވެސް އެނގުމެއް - علم އެއް ނުވެއެވެ. އެއީ ހަމައެކަނި އެމީހުންގެ އަނގައިން ނުކުންނަ ބޮޑުވެގެންވާ كلمة އެއްކަމުގައި މެނުވީ ނުވެއެވެ. އެމީހުން ބުނަނީ ހަމަ ސީދާދޮގުކަމުގައި މެނުވީ ނުވެއެވެ.

  119. 18:6

    فَلَعَلَّكَ بَـٰخِعٌ نَّفْسَكَ عَلَىٰٓ ءَاثَـٰرِهِمْ إِن لَّمْ يُؤْمِنُوا۟ بِهَـٰذَا ٱلْحَدِيثِ أَسَفًا

    Falaʻallaka baakhiʻun nafsaka ʻalaaa ʹaas̤aarihim ʹil lam yuʹminoo bihaaẓal Ḥadees̤i ʹasafaa.

    (އޭ رسول ﷲ އެވެ!) އެމީހުން يعني: ކަލޭގެފާނުންގެ قوم ގެމީހުން މި ކީރިތި قرآن އަށް إيمان ނުވެ / ތެދުނުކުރުމުގެ ސަބަބުން އެކަމާ ހިތާމަފުޅުން ކަލޭގެފާނު ކަލޭގެފާނުންގެ نفس ފުޅު ހަލާކުކުރައްވާކަހަލައެވެ. އެކަމާ ހިތާމަފުޅު ނުކުރައްވާށެވެ.

  120. 18:7

    إِنَّا جَعَلْنَا مَا عَلَى ٱلْأَرْضِ زِينَةً لَّهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًا

    ʹInnaa jaʻalnaa maa- ʻalal ʹarḍi zeenatal lahaa linabluwahum ʹayyuhum ʹaḥsanu ʻamalaa.

    ހަމަކަށަވަރުން ބިންމަތީގައިވާހާތަކެތި ތިމަންރަސްކަލާނގެ އެބިމުގެ ޒީނަތެއްކަމުގައި ލެއްވީމެވެ. އެއީ އެމީހުން - يعني: ތިމަންރަސްކަލާނގެ އަޅުތަކުން ކުރެ عمل ކުރުމުގެގޮތުން އެންމެ ރަނގަޅުވެގެންވަނީ ކާކުކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަން ފާޅުކުރެއްވުމަށްޓަކައެވެ. އެކަން تحقيق އަށް ގެންނެވުމަށެވެ. (ތިމަންރަސްކަލާނގެ أمر ފުޅުތަކާއި نهى ތަކަށް ފަރުވާތެރިވެ ކިޔަމަންތެރިވަނީ ކޮންބައެއްކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަން އެންގެވުމަށެވެ.)

  121. 18:8

    وَإِنَّا لَجَـٰعِلُونَ مَا عَلَيْهَا صَعِيدًا جُرُزًا

    Wa-ʹinnaa lajaaʻiloona maa- ʻalayhaa ṣaʻeedañ juruzaa.

    އަދި ހަމަކަށަވަރުން އެބިންމަތީގައިވާހާތަކެތި ހަލާކުކުރައްވާ އެބިން އެއްވެސްއެއްޗެއް ނުވާ އޮމާން ހުސްބިމަކަށް ތިމަންރަސްކަލާނގެ ހައްދަވާހުށީމެވެ. އެއީ قيامة ދުވަހުންނެވެ.

  122. 18:9

    أَمْ حَسِبْتَ أَنَّ أَصْحَـٰبَ ٱلْكَهْفِ وَٱلرَّقِيمِ كَانُوا۟ مِنْ ءَايَـٰتِنَا عَجَبًا

    ʹAm ḥasibta ʹanna ʹAṣḥaabal Kahfi war-Raq̣eemi kaanoo min ʹAayaatinaa ʻajabaa?

    (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން كَهْفُ ބާގައިގެމީހުންނާއި އަދި އެތާނގައި ލިޔެވިފައިވާ ލިއުމާއި މިކަންކަމަކީ ތިމަންރަސްކަލާނގެ (قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) دليل ތަކާއި علامة ތަކުގެތެރެއިން ބޮޑު عجائب ކަމެއްކަމުގައި ކަލޭގެފާނު ހީފުޅުކުރައްވަނީތޯއެވެ؟

  123. 18:10

    إِذْ أَوَى ٱلْفِتْيَةُ إِلَى ٱلْكَهْفِ فَقَالُوا۟ رَبَّنَآ ءَاتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا

    ʹIẓ ʹawal fityatu ʹilal Kahfi faq̣aaloo Rabbanaaa ʹaatinaa mil laduñka Raḥmatañw Wahayyiʹ lanaa min ʹamrinaa rashadaa!

    އެޒުވާނުން އެހޮހޮޅަށްގޮސް އެތާ منزل ކުރިހިނދުން އެމީހުން (ﷲ އަށް) ދެންނެވިއެވެ. "އޭ އަޅަމެންގެ ربّ އެވެ! އިބަރަސްކަލާނގެ حضرة ން އަޅަމެންނަށް رحمة އެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކުގައި (އިބަރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގަތުމަށްޓަކައި ކާފަރު قوم އާ ދުރަށް ފިލައިގެން މިއައި ކަންތަކުގައި) އިބަރަސްކަލާނގެ ރުއްސަވާމަގަށް عمل ކުރުމުގައި އަޅަމެނަށް ފަސޭހަކޮށްދެއްވައި ސީދާމަގު ދައްކަވާނދޭވެ!"

  124. 18:11

    فَضَرَبْنَا عَلَىٰٓ ءَاذَانِهِمْ فِى ٱلْكَهْفِ سِنِينَ عَدَدًا

    Faḍarabnaa ʻalaaa ʹaaẓaanihim fil Kahfi sineena ʻadadaa:

    ފަހެ ތިމަންރަސްކަލާނގެ އެމީހުންގެ ކަންފަތްތަކުގެމަތީގައި (ބޭރުގެއަޑުތައް ނުއިވޭނޭގޮތުން) ގަދަ ނިދިލައްވައި عدد ކަނޑައެޅިގެންވާ އަހަރުތަކަކު އެހޮހޮޅުގައި އެމީހުން ނިންދަވާ ބެއިތިއްބީމެވެ.

  125. 18:12

    ثُمَّ بَعَثْنَـٰهُمْ لِنَعْلَمَ أَىُّ ٱلْحِزْبَيْنِ أَحْصَىٰ لِمَا لَبِثُوٓا۟ أَمَدًا

    S̤umma baʻas̤naahum linaʻlama ʹayyul ḥizbayni ʹaḥṣaa limaa labis̤ooo ʹamadaa!

    ދެން އަލުންވެސް ތިމަންރަސްކަލާނގެ އެމީހުން ހޭއަރުވައި (މީހުން އުޅޭ ހިސާބަށް) ފޮނުއްވީމެވެ. އެއީ އެމީހުން އެހޮހޮޅުގައި ނިދާފައި ލަސްވެތިބީ ކިހާދުވަހަކުތޯ ބަލައި ހިމަނައިގަތުން ބޮޑީ ދެ جماعة ންކުރެ ކޮންބައެއްތޯ ދެނެވޮޑިގެންވާކަން ފާޅުކުރައްވައި، އެކަން تحقيق އަށް ގެނައުމަށެވެ. • އެދެ جماعة އެއްކަމުގައި ބުނެވެނީ مؤمن ންނާއި كافر ންކުރެ ދެބައެކެވެ. والله أعلم.

  126. 18:13

    نَّحْنُ نَقُصُّ عَلَيْكَ نَبَأَهُم بِٱلْحَقِّ ۚ إِنَّهُمْ فِتْيَةٌ ءَامَنُوا۟ بِرَبِّهِمْ وَزِدْنَـٰهُمْ هُدًى

    Naḥnu naq̣uṣṣu ʻalayka nabaʹahum̃ bil-Ḥaq̣q̣: ʹinnahum fityatun ʹaamanoo bi-Rabbihim wa-zidnaahum hudaa:

    (އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ حقّ ގޮތުގައި ހަމަސީދާ ތެދަށް އެމީހުންގެ خبر ތައް ކަލޭގެފާނަށް މިއަންގަވައިދެއްވަނީއެވެ. ހަމަކަށަވަރުން އެމީހުންނަކީ އެމީހުންގެ ربّ އަށް إيمان ވި ޒުވާން ބައެކެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންގެ އީމާންކަމުގެ މައްޗަށް إيمان ކަމާއި ތެދުމަގު އިތުރުކޮށްދެއްވީމެވެ.

  127. 18:14

    وَرَبَطْنَا عَلَىٰ قُلُوبِهِمْ إِذْ قَامُوا۟ فَقَالُوا۟ رَبُّنَا رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ لَن نَّدْعُوَا۟ مِن دُونِهِۦٓ إِلَـٰهًا ۖ لَّقَدْ قُلْنَآ إِذًا شَطَطًا

    Wa-rabaṭnaa ʻalaa q̣uloobihim ʹiẓ q̣aamoo faq̣aaloo Rabbunaa Rabbus samaawaati wal-ʹarḍi lan nadʻuwa miñ dooniheee ʹilaahal laq̣ad q̣ulnaaa ʹiẓañ shaṭaṭaa!

    އަދި އެމީހުން (އެކާފަރު ރާޖާގެ ކުރިމަތީގައި ތެދުވިހިނދު) ތިމަންރަސްކަލާނގެ އެމީހުންގެ ހިތްތައް (އީމާންކަމުގެ نور ން) ބަންނަވައި ހިފެހެއްޓެވީމެވެ. (އެމީހުންނަށް ސާބިތުކަން ދެއްވީމެވެ.) ފަހެ އެމީހުން (އެރާޖާއަށް) ބުންޏެވެ. އަޅަމެންގެ ربّ އަކީ އުޑުތަކާއި ބިމުގެ ވެރި ربّ އެވެ. އެކަލާނގެ ފިޔަވައި އެހެން އެއްވެސް إله އަކަށް އަހުރެމެން ގޮވާ دعاء ކޮށް އަޅުކަންކޮށް ނުހަދާނަމެވެ. އަދި އެހެން ފަރާތަކަށް ގޮވާ دعاء ކޮށް ހަދައިފިނަމަ ހަމަކަށަވަރުން ދޮގު އަދި باطل ކަމުން ހައްދުފަހަނަޅާފައިވާ ވާހަކައެއް އަހުރެމެން ބުނިކަމުގައިވާނެކަން ކަށަވަރެވެ. • ދަންނައެވެ! އިސްވެދިޔަ އާޔަތްތަކާއި އަދި ފަހުން މިއަންނަ ބައެއް އާޔަތުން އެ بيان ކުރައްވަނީ مشهور كَهْفُ ބާގައިގެމީހުންގެ ވާހަކައިގެ خلاصة އެވެ. އެމީހުންނާމެދު تفسير طبري ގައި بيان ވެގެންވަނީ އެމީހުންނަކީ عيسى عليه السّلام ގެ دين މަތީގައި އުޅުނު مؤمن ންކަމުގައެވެ. އެއީ إسلام دين އައުމުގެކުރީގައެވެ. އެމީހުންގެ ރަށެއްކަމުގައި بيان ކުރައްވާފައިވަނީ أَفْسُوس ކިޔާ ރަށެއްކަމަށެވެ. އެއީ މިހާރު طَرْسُوْس އެވެ. އެރަށުގެ ރަސްގެފާނަކީ ބުދަށް އަޅުކަންކުރާ ރާޖާއެކެވެ. އެއީ دِقْيَفُوس ކިޔާ މީހެކެވެ. އެ ރާޖާ އެރަށުގެ އެންމެން ބުދަށް އަޅުކަންކުރުން މަޖުބޫރުކުރިހިނދުން މިދެންނެވި ޒުވާނުން އެކަން ބޮޑުވެގެން ﷲ ބާވައިލެއްވި دين ދޫނުކޮށް ﷲ އަށް އަޅުކަންކުރުމަށްޓަކައި އެރާޖާއާ ފިލަންގޮސް އެމީހުންވަނީ އެތާވާ ފަރުބަދައެއްގެ ހޮހޮޅަށެވެ. އެފަރުބަދައަށް ކިޔަނީ بنجلوس އެވެ. އެ ހޮހޮޅަށް އެމީހުންވަދެ ހަމަޖެހުމުން ﷲ تعالى ގަދަ ނިންޖަކުން އެމީހުން ނިންދެވީއެވެ. ދެން އެމީހުން ހޭއެރުއްވީ ތިންސަތޭކަ އެތައްއަހަރަކަށް ފަހުންނެވެ. كَهْفُ ސޫރަތުގެ ނަންވެސް މިވަނީ އެމީހުން ހޮހޮޅުގައި ތިބުމުން އެނަމުންނެވެ. كَهْفُ އެއީ ހޮހޮޅެވެ. ދެން މިއަންނަ އާޔަތްތަކުގައިވެސް އެވަނީ އެމީހުންގެ ވާހަކައެވެ.

  128. 18:15

    هَـٰٓؤُلَآءِ قَوْمُنَا ٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةً ۖ لَّوْلَا يَأْتُونَ عَلَيْهِم بِسُلْطَـٰنٍۭ بَيِّنٍ ۖ فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا

    Haaaʹulaaaʹi q̣awmunat takhaẓoo miñ dooniheee ʹaalihah: Lawlaa- yaʹtoona ʻalayhim̃ bisulṭaanim bayyin? Faman ʹaz̤̣lamu mimmanif taraa ʻalal laahi kaẓibaa?

    (އެޒުވާން مؤمن ން އެމީހުން އެމީހުންނަށް ބުނިކަމުގައި ﷲ އެ އަންގަވަނީ) އަހުރެމެންގެ قوم ގެ މީހުން ﷲ ފިޔަވައި އެހެން إله ންތަކެއް ހިފައި إختيار ކޮށްފިއެވެ. އެމީހުން އެ إله ންތަކަށް އަޅުކަންކުރުން صحّ ވާނެކަމަށް ބަޔާންވެގެންވާ ގަދަ ދަލީލެއް ގެނައިނަމައެވެ. دليل އެއް ނުގެނައީ ކީއްވެގެންހެއްޔެވެ؟ ފަހެ ﷲ އާއިމެދު ބޮޑު ދޮގެއް އުފައްދައިގަތްމީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވާނެއެވެ.)

  129. 18:16

    وَإِذِ ٱعْتَزَلْتُمُوهُمْ وَمَا يَعْبُدُونَ إِلَّا ٱللَّهَ فَأْوُۥٓا۟ إِلَى ٱلْكَهْفِ يَنشُرْ لَكُمْ رَبُّكُم مِّن رَّحْمَتِهِۦ وَيُهَيِّئْ لَكُم مِّنْ أَمْرِكُم مِّرْفَقًا

    Wa-ʹiẓiʻtazal tumoohum wa-maa yaʻbudoona ʹillal laaha faʹwooo ʹilal Kahfi yañshur lakum Rabbukum mir raḥmatihee wa-yuhayyiʹ lakum min ʹamrikum mirfaq̣aa.

    (އަދިވެސް އެމީހުން އެމީހުންނަށް ބުންޏެވެ.) އަދި ކަލޭމެން އެމީހުންނާއި - އެބަހީ: قوم ގެ މީހުންނާއި އަދި އެމީހުން ﷲ ފިޔަވައި އަޅުކަންކުރާ ތަކެއްޗާ ވަކިވީހިނދުން ދެން ހޮހޮޅަށް ދަމާހިނގާށެވެ! ކަލޭމެންގެ ربّ އެކަލާނގެ رحمة ކަލޭމެނަށް ތަނަވަސްކުރައްވައި އަދި ކަލޭމެނަށް މިހާރު މިޖެހިފައިވާ ކަންތަކަށް އެކަލާނގެ ފަސޭހަކޮށްދެއްވައި އޯގާވެރި منفع ހުރި ރަނގަޅުގޮތް އެކަލާނގެ ދައްކަވާފާނެއެވެ. (ދެންފަހެ މިބައިމީހުން ހޮހޮޅަށްގޮސް ހޮހޮޅުގައި އޮށޯވެލީހިނދުން ގަދަ ނިދިން ﷲ އެމީހުން ނިންދަވައިފިއެވެ. ދެން ޖެހިގެން މިއަންނަ އާޔަތުގައި މިވަނީ އެމީހުން ނިދާފައިތިބިއިރު ﷲ އެމީހުންނަށް ދެއްވާފައިވާ كرامة އާއި هَيْبَة އާއި މާތްކަމުގެ ބައެއް خبر އެވެ. والله أعلم)

  130. 18:17

    ۞ وَتَرَى ٱلشَّمْسَ إِذَا طَلَعَت تَّزَٰوَرُ عَن كَهْفِهِمْ ذَاتَ ٱلْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ ٱلشِّمَالِ وَهُمْ فِى فَجْوَةٍ مِّنْهُ ۚ ذَٰلِكَ مِنْ ءَايَـٰتِ ٱللَّهِ ۗ مَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُۥ وَلِيًّا مُّرْشِدًا

    Wa-tarash shamsa ʹiẓaa ṭalaʻat tazaawaru ʻañ- Kahfihim ẓaatal yameeni wa-ʹiẓaa g̣arabat taq̣riḍuhum ẓaatash shimaali wa-hum fee fajwatim minh. Ẓaalika min ʹAayaatil laah: mañy yahdil laahu fahuwal muhtad; wa-mañy yuḍlil falañ tajida lahoo waliyyam murshidaa.

    (އޭ رسول ﷲ އެވެ!) އަދި އިރުއަރައިގެން އަންނައިރު އެމީހުންގެ ހޮހޮޅު ފިޔަވައި ކަނާތްފަރާތަށް އިރު ލެނބިގެންދާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ. އަދި އިރުއޮއްސޭންދާއިރަށް ވާތްފަރާތަށް ލެނބިގެންދާތީ ދެކެވަޑައިގަންނަވާނެއެވެ. އަދި އެމީހުންވަނީ އެހޮހޮޅުގެ ތަނަވަސް ހުސްތަނެއްގައެވެ. (މި މިކަންކަމަކީ ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) دليل ތަކާއި حجّة ތަކުގެތެރެއިންވާ ކަންކަމެވެ. ﷲ ތެދުމަގު ދައްކަވައިފިއަޅަކު ދަންނައެވެ! ތެދުމަގުގައިވާމީހަކީ އެމީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފިއަޅަކު ދަންނައެވެ! އެމީހަކަށް ސީދާ ރާސްތާ ދައްކައިދޭނޭ ސަހަރޯވެރިއަކު ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ.

  131. 18:18

    وَتَحْسَبُهُمْ أَيْقَاظًا وَهُمْ رُقُودٌ ۚ وَنُقَلِّبُهُمْ ذَاتَ ٱلْيَمِينِ وَذَاتَ ٱلشِّمَالِ ۖ وَكَلْبُهُم بَـٰسِطٌ ذِرَاعَيْهِ بِٱلْوَصِيدِ ۚ لَوِ ٱطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَارًا وَلَمُلِئْتَ مِنْهُمْ رُعْبًا

    Wa-taḥsabuhum ʹayq̣aaz̤̣añw Wahum ruq̣ood: wa-nuq̣allibuhum ẓaatal yameeni waẓaatash shimaal: wa-kalbuhum̃ baasiṭuñ ẓiraaʻayhi bilwaṣeed: lawiṭ ṭalaʻta ʻalayhim lawallayta minhum firaarañw wala-Muliʹta minhum ruʻbaa.

    އަދި އެމީހުން އޮށޯވެ ނިދާފައި ތިބިއިރުވެސް އެމީހުން ހޭލައި ތިބިކަމުގައި ކަލޭގެފާނު ހީފުޅުކުރައްވާނެއެވެ. އަދި ކަނާތްފަރާތަށާއި ވާތްފަރާތަށް ތިމަންރަސްކަލާނގެ އެމީހުން ފުރޮޅުއްވަމެވެ. އެއީ އެއްގޮތަކަށް ތިބުމުން ގެއްލުމެއްވެދާނެތީއެވެ. އަދި އެމީހުންގެ ކުއްތާ އެހޮހޮޅުގެ ދޮރުމަތީ ވެލިގަނޑުމަތީ އޭގެ ދެއަތްފަތުރައިގެން އޮތެވެ. އެމީހުން އެ حال ގައިވަނިކޮށް ކަލޭގެފާނު ދެކެވަޑައިގެންނެވިނަމަ އެމީހުންނާއި ދުރަށް ކަލޭގެފާނު ފިއްލަވަންދުވެވަޑައިގެންފީހެވެ. އަދި އެމީހުންގެ ފަރާތުން އެފެނިވަޑައިގަންނަވާ كرامة އާއި هيبة ގެ ސަބަބުން ކަލޭގެފާނު މުޅިން ބިރުން ފުރިއްޖައީހެވެ. (އެގޮތުގައި އެމީހުން ތިންސަތޭކަ އެތައް އަހަރެއްވަންދެން ތިއްބެވެ. މިއީ ﷲ ގެ قدرة ތެރިކަމަށް ބަލާއިރު ދާދިކުޑަކުޑަ ކަމެކެވެ.)

  132. 18:19

    وَكَذَٰلِكَ بَعَثْنَـٰهُمْ لِيَتَسَآءَلُوا۟ بَيْنَهُمْ ۚ قَالَ قَآئِلٌ مِّنْهُمْ كَمْ لَبِثْتُمْ ۖ قَالُوا۟ لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ ۚ قَالُوا۟ رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ فَٱبْعَثُوٓا۟ أَحَدَكُم بِوَرِقِكُمْ هَـٰذِهِۦٓ إِلَى ٱلْمَدِينَةِ فَلْيَنظُرْ أَيُّهَآ أَزْكَىٰ طَعَامًا فَلْيَأْتِكُم بِرِزْقٍ مِّنْهُ وَلْيَتَلَطَّفْ وَلَا يُشْعِرَنَّ بِكُمْ أَحَدًا

    Wa-kaẓaalika baʻas̤naahum liyatasaaaʹaloo baynahum. Q̣aala q̣aaaʹilum minhum kam labis̤tum? Q̣aaloo labis̤naa yawman ʹaw baʻḍa yawm. Q̣aaloo Rabbukum ʹaʻlamu bimaa labis̤tum.... Fabʻas̤ooo ʹaḥadakum̃ biwariq̣ikum haaẓiheee ʹilal madeenati falyañz̤̣ur ʹayyuhaaa ʹazkaa ṭaʻaamañ falyaʹtikum̃ birizq̣im minhu walyatalaṭṭaf wa-laa yushʻiranna bikum ʹaḥadaa.

    އަދި ހަމަ އެފަދައިން (އެބަހީ: އެޒުވާނުން އެހޮހޮޅުގައި ނިންދަވާ ރައްކާތެރިކަމާއިއެކު ތިމަންރަސްކަލާނގެ ބެލެހެއްޓެވިފަދައިން) އެމީހުން ހޭއަރުވައި ފޮނުއްވީމެވެ. އެއީ އެމީހުން އެމީހުންނާ ސުވާލުކޮށްހެދުމަށެވެ. (ދެންފަހެ އެމީހުން ހޭލައިގެން) އޭގެތެރެއިން އެކަކު ބުންޏެވެ. "ކަލޭމެނަށް ނިދިފައި މިހޮހޮޅުގައި ލަސްވެތިބީ ކިހާއިރަކުހެއްޔެވެ؟". އެމީހުން ބުންޏެވެ. "އަހުރެމެން މިތިބީ އެއްދުވަހު ނުވަތަ ދުވަހެއްގެ ބައެއްގައެވެ." އަދި އަނެއްމީހަކު ބުނެފިއެވެ. "ކަލޭމެން ލަސްވެތިބިވަރެއް ކަލޭމެންގެ ربّ ދެނެވޮޑިގަތުންބޮޑެވެ. (އެގޮތެއް އަހުރެމެންނަކަށް ނޭނގެއެވެ.) " ދެންފަހެ ކަލޭމެންކުރެ އެކަކު މި ރިހިފައިސާކޮޅާއިގެން ރަށަށް ދާށެވެ! އަދި އެމީހާ އެރަށުގެ أهل ވެރިންކުރެ ކާނާ އެންމެ حلال ވެފައި طاهر ވެގެންވަނީ ކާކުތޯ ބަލާށެވެ! އަދި އެއިން ކޮންމެވެސް ކާއެތިކޮޅަކާއިގެން އަންނަހުށިކަމެވެ. އަދި އެމީހާ މަޑުމައިތިރިވެ ރަނގަޅަށް ބަލައިގެން އުޅޭހުށިކަމެވެ! އަދި އެކަކަށްވެސް ކަލޭމެންގެ خبر އެއް އެނގި إحساس އެއްވިޔަނުދޭހުށިކަމެވެ!

  133. 18:20

    إِنَّهُمْ إِن يَظْهَرُوا۟ عَلَيْكُمْ يَرْجُمُوكُمْ أَوْ يُعِيدُوكُمْ فِى مِلَّتِهِمْ وَلَن تُفْلِحُوٓا۟ إِذًا أَبَدًا

    ʹInnahum ʹiñy yaz̤̣haroo ʻalaykum yarjumookum ʹaw yuʻeedookum fee millatihim wa-lañ tufliḥooo ʹiẓan ʹabadaa.

    "އެހެނީ، ހަމަކަށަވަރުން އެމީހުން ކަލޭމެންގެމައްޗަށް ފައުޅުވެ ކަލޭމެންގެ خبر އެމީހުންނަށް އެނގިއްޖެއްޔާ ކަލޭމެން رجم ކުރާނެއެވެ. ތަޅާމަރާ ހަދާނެއެވެ. އެހެންނޫނީވިއްޔާ އެމީހުންގެ دين އަށް (ބުދުދީނަށް) އެމީހުން ކަލޭމެން ވައްދާނެއެވެ. އެހެންވެއްޖެއްޔާ ދުވަހަކުވެސް ދެން ކަލޭމެން ކާމިޔާބުނުވާނެއެވެ. ކަލޭމެން ސަލާމަތްނުވާނެއެވެ." (މިމީހުންނަށް މި ހީވީ މިމީހުންނަށް ނިދުނީ عامّ ކޮށް މީހުން ނިދާވަރަށްކަމަށެވެ. ﷲ މީސްތަކުންނަށް معجزة އެއްދައްކަވާ ކަމަކަށް ލަފައެއް ނުކުރެވުނެވެ. ވާނީވެސް އެހެންތާއެވެ.)

  134. 18:21

    وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوٓا۟ أَنَّ وَعْدَ ٱللَّهِ حَقٌّ وَأَنَّ ٱلسَّاعَةَ لَا رَيْبَ فِيهَآ إِذْ يَتَنَـٰزَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُوا۟ ٱبْنُوا۟ عَلَيْهِم بُنْيَـٰنًا ۖ رَّبُّهُمْ أَعْلَمُ بِهِمْ ۚ قَالَ ٱلَّذِينَ غَلَبُوا۟ عَلَىٰٓ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا

    Wa-kaẓalika ʹaʻs̤arnaa ʻalayhim liyaʻlamooo ʹanna waʻdal laahi ḥaq̣q̣uñw waʹannas Saaʻata laa- rayba feehaa. ʹIẓ yatanaazaʻoona baynahum ʹamrahum faq̣aalub noo ʻalayhim̃ bunyaanaa: Rabbuhum ʹaʻlamu bihim: q̣aalal laẓeena g̣alaboo ʻalaaa ʹamrihim lanattakhiẓanna ʻalayhim masjidaa.

    އަދި ތިމަންރަސްކަލާނގެ (މިހޮހޮޅުގެ އެކުވެރިން) އަނެއްބައިމީހުންގެމައްޗަށް ފައުޅުކުރައްވައި ދެއްކެވީ ހަމައެފަދައިންނެވެ. އެއީ ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ ހަމަ حقّ އެއްޗެއްކަމާއި އަދި ހަމަކަށަވަރުން قيامة ދުވަހަކީ ޝައްކެއްނެތި އަންނާނެ ދުވަހެއްކަން އެމީހުން ދެނެގަތުމަށްޓަކައެވެ. އެއީ އެމީހުންގެ މެދުގައި محشر އަށް ފޮނުއްވުމާމެދު ދެބަސްވެ إختلاف ވީހިނދުންނެވެ. • ދަންނައެވެ! (ހޮހޮޅުގެ އެކުވެރިން އެހޮހޮޅުގައި ނިދިފައިތިބި ދިގުމުއްދަތުގެތެރޭގައި އޭރު އެތާނގެ ވެރިޔަކަށް ހުރި ބުދުދީނުގެ ރާޖާ دِقْيَفُوس މަރުވެގޮސް އަލުން އެހެން إسلام ރަސްކަލެއް (تيذوسيس) ރަސްކަމަށް އަރާ ވަޑައިގެން މީސްތަކުން إسلام ވެ عيسى عليه السّلام ގެ دين ގައި އުޅޭކަމުގައިވިއެވެ. އެހެންގޮސް ޒަމާންދިގުވުމުން މީސްތަކުންގެމެދުގައި އަލުންވެސް މީސްތަކުން މަރުވުމަށްފަހު އަލުން ދިރިގެން قيامة އަށް ފޮނުއްވުމާމެދު ދެބަސްވުން އުފެދި إختلاف ތައް އުފެދިއްޖެއެވެ. އެކަމާ ރަސްގެފާނު ވަރަށް ކަންބޮޑުވެ ވަޑައިގެން محشر އަށް މީސްތަކުން ފޮނުއްވޭނެކަމުގެ دليل އަކަށް (އެފަދަ معجزة އަކަށް) ﷲ ގެ حضرة ން އެދިވަޑައިގެން دعاء ކުރައްވާކަމުގައިވިއެވެ. އެދުވަސްވަރު ހޮހޮޅުގެ އެކުވެރިން ހޭލެވިގެން ކާއެތިކޮޅެއް ހޯދުމަށް އެތަނުން އެކަކު ރަށަށް އަރައިގެން އުޅެނިކޮށް އެމީހާ ގެންގުޅުނު ފައިސާގެ ޒަމާން ދިގުވެފައިވާތީ އޭނާޔާ ބާޒާރުގެ މީހުން ސުވާލުކޮށް ވީނުވީއެއް ނޭނގިގެން ރަސްގެފާނުން އަރިހަށް އޭނާ ގެނައީއެވެ. ދެން ރަސްގެފާނު އޭނާކުރެން خبر ތައް އައްސަވައި ވެގެންއުޅޭގޮތެއް އެނގިވަޑައިނުގެން އޭނާގެންނަވައިގެން އޭނާގެ އެކުވެރިންގެ ގާތަށް ހޮހޮޅަށް ވަޑައިގެންނެވީއެވެ. ހޮހޮޅުގައި ތިބި އޭނާގެ އެހެން އެކުވެރިންނާއި ބަސްފުޅު ވިދާޅުވެ ރަސްގެފާނަށް މައްސަލަ ރަނގަޅަށް ސާފުވެވަޑައިގެން އެއީ ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ حجّة އެއްކަމާއި އަދި قيامة ވާނެކަމުގެ ފުރިހަމަ دليل އެއްކަން ރަސްގެފާނަށާއި އަރިހުގައިވާމީހުންނަށް ރަނގަޅަށް އެނގިއްޖެއެވެ. އެހެނީ ތިންސަތޭކަ އެތައްއަހަރެއްވާންދެން ބަޔަކު ނިންދަވައި ބޭތިއްބެވުމަށްފަހު އެމީހުންނަށް އެއްވެސް ބަދަލެއްނައިސް އެމީހުންގެ ފޭރާމަކަށްވެސް އެއްވެސް ބާކަމެއް އަޔަނުދެއްވާ ބެލެހެއްޓެވިކަލަކަށް މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި އެއްކުރެއްވުމަކީ އެއްވެސް އުނދަގޫކަމަކަށް ނުވާނެކަން ސަލާމަތް ބުއްދިއަކަށްވިއްޔާ އެނގޭނެއެވެ.\nوَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ - މިތަނުން އިޝާރަތްވަނީ ހޮހޮޅުގެ އެކުވެރިން އެހާގިނަ ދުވަހު ނިދިފައިތިބުމަށްފަހު ހޭއަރުއްވައި އެވަގުތު އެރަށުގައި އުޅުނުމީހުންނަށް ދެއްކެވި ވާހަކައެވެ. އެ ހޮހޮޅުގެ އެކުވެރިން މިރަށުގެ މީހުންނަށް ދެއްކެވުމަށްފަހު ﷲ تعالى އަލުންވެސް އެމީހުން ގަދަ ނިދިން ނިންދަވައި އެމީހުންގެ ހޮހޮޅު މީސްތަކުންގެ ލޯމަތިން ނިވައިކުރެއްވީއެވެ. މިއީ ވަރަށް ދިގުވާހަކައެވެ. تفصيل އާއިއެކު تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. އަދި ފަހުން މިއަންނަ آية ތަކުންވެސް ބައެއް تفصيل ބަޔާންވެގެންވެއެވެ. والله أعلم)\n(ﷲ تعالى وحي ކުރެއްވިއެވެ.) އެމީހުން ބުންޏެވެ. އެބަހީ ރަށުގެ މީހުން ބުންޏެވެ. "އެމީހުންނަށް يعني: ހޮހޮޅުގެ އެކުވެރިންނަށް ކަލޭމެން ބިނާއެއް ހަދާށެވެ! އެމީހުންގެ ربّ އެމީހުންގެ އެންމެހައިކަމެއް ދެނެވޮޑިގަތުންބޮޑެވެ." ދެންފަހެ ހޮހޮޅުގެ އެކުވެރިންގެ ކަންތަކާމެދު އެންމެކުރިޔަށް ބަސްކީމީހުން. "އަހުރެމެން އެމީހުންނަށް ބިނާކުރާނީ މިސްކިތެކެވެ."

  135. 18:22

    سَيَقُولُونَ ثَلَـٰثَةٌ رَّابِعُهُمْ كَلْبُهُمْ وَيَقُولُونَ خَمْسَةٌ سَادِسُهُمْ كَلْبُهُمْ رَجْمًۢا بِٱلْغَيْبِ ۖ وَيَقُولُونَ سَبْعَةٌ وَثَامِنُهُمْ كَلْبُهُمْ ۚ قُل رَّبِّىٓ أَعْلَمُ بِعِدَّتِهِم مَّا يَعْلَمُهُمْ إِلَّا قَلِيلٌ ۗ فَلَا تُمَارِ فِيهِمْ إِلَّا مِرَآءً ظَـٰهِرًا وَلَا تَسْتَفْتِ فِيهِم مِّنْهُمْ أَحَدًا

    Sayaq̣ooloona s̤alaas̤atur raabiʻuhum kalbuhum: wa-yaq̣ooloona khamsatuñ saadisuhum kalbuhum rajmam bilg̣ayb; wa-yaq̣ooloona sabʻatuñw was̤aaminuhum kalbuhum. Q̣ur Rabbeee ʹaʻlamu biʻiddatihim maa yaʻlamuhum ʹillaa q̣aleel. Falaa tumaari feehim ʹillaa miraaaʹañ z̤̣aahiraa, wa-laa tastafti feehim minhum ʹaḥadaa.

    (އަދި ހޮހޮޅުގެ އެކުވެރިންގެ ކަންތަކާއިމެދު ވާހަކަދެއްކިމީހުން) އެމީހުން ނިކަންހުރެ ބުނާނެއެވެ. "މިއީ رسول ﷲ ﷺ ގެ ޒަމާނުގައި އެމީހުންގެ عدد އާއިމެދު ވާހަކަދެއްކި މީހުންގެވާހަކައެވެ." އެމީހުންބުނެއެވެ. "އެއީ ތިންމީހުންނެވެ. އެމީހުންގެ ހަތަރުވަނައަކީ އެމީހުންގެ ކުއްތާއެވެ." އަދި އެމީހުން ބުނެއެވެ. "އެއީ ފަސްމީހެކެވެ. އެމީހުންގެ ހަވަނަޔަކީ އެމީހުންގެ ކުއްތާއެވެ. އެއީ غيب އަށް ހިލައުކުމެވެ. (އެބަހީ: ނޭނގި ހީވާގޮތަށް ބުނާބުނުމެކެވެ.) " އަދި އެމީހުން ބުނެއެވެ. "އެއީ ހަތްމީހެކެވެ. އަދި އެމީހުންގެ އަށްވަނައަކީ އެމީހުންގެ ކުއްތާއެވެ." (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. "އެމީހުންގެ عدد އެއް ތިމަންކަލޭގެފާނުންގެ ربّ ދެނެވޮޑިގަތުންބޮޑެވެ. މަދުމީހަކަށްމެނުވީ އެމީހުންގެ عدد ނޭނގެއެވެ. އަދި ފައުޅުވެގެންވާ حجّة އާއި بيان އަކަށްފަހުގައި މެނުވީ އެމީހުންނާމެދު (أهل كتاب ންނާއި) جدل ނުކުރާށެވެ! އަދި ހޮހޮޅުގެ އެކުވެރިންނާއިމެދު އެމީހުންކުރެ އެބަހީ: (أهل كتاب ންކުރެ) އެކަކުގެ ކިބައިންވެސް فتوى ނާއްސަވާށެވެ!"

  136. 18:23

    وَلَا تَقُولَنَّ لِشَا۟ىْءٍ إِنِّى فَاعِلٌ ذَٰلِكَ غَدًا

    Wa-laa taq̣oolanna lishayʹin ʹinnee faaʻiluñ ẓaalika g̣adaa,

    އަދި (އޭ رسول ﷲ އެވެ!) ﷲ އިރާދަކުރެއްވިއްޔާއޭ (މިހެން ވިދާޅުވެފައިމެނުވީ) ހަމަކަށަވަރުން.

  137. 18:24

    إِلَّآ أَن يَشَآءَ ٱللَّهُ ۚ وَٱذْكُر رَّبَّكَ إِذَا نَسِيتَ وَقُلْ عَسَىٰٓ أَن يَهْدِيَنِ رَبِّى لِأَقْرَبَ مِنْ هَـٰذَا رَشَدًا

    ʹIllaaa ʹañy yashaaaʹal laah! Waẓkur Rabbaka ʹiẓaa naseeta wa-q̣ul ʻasaaa ʹañy yahdiyani Rabbee liʹaq̣raba min haaẓaa rashadaa.

    މާދަމާ އަހުރެންކުރާނަމޭ އެއްވެސްކަމަކާއިމެދު ވިދާޅުނުވާހުށިކަމެވެ! އަދި ކަލޭގެފާނުގެ ކަލޭގެފާނުގެ ربّ މަތިން ހަނދުމަފުޅުނެތިއްޖެއްޔާ ކަލޭގެފާނު އެކަލާނގެ ހަނދުމަފުޅުކުރައްވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންގެ ربّ އަދި މިއަށްވުރެވެސް ތެދުމަގާއި މާތްގޮތަކަށް އަހުރެންނަށް މަގުދައްކަވާފާނެކަމުގެ أمّيد ކުރެވެއެވެ.

  138. 18:25

    وَلَبِثُوا۟ فِى كَهْفِهِمْ ثَلَـٰثَ مِا۟ئَةٍ سِنِينَ وَٱزْدَادُوا۟ تِسْعًا

    Wa-labis̤oo fee Kahfihim s̤alaas̤a miʹatiñ sineena wazdaadoo tisʻaa.

    އެމީހުން އެބަހީ: ހޮހޮޅުގެ އެކުވެރިން (އެހެންމީހުންނަށް އެމީހުން ފައުޅުވުމުގެކުރިން) އެމީހުންގެ ހޮހޮޅުގައި ތިންސަތޭކައަހަރު (ނިދާފައި) ތިއްބެވެ. އަދި އޭގެތެރެއަށް ނުވައަހަރު އެމީހުން އިތުރުކުރިއެވެ. އެހެންވީމާ މުޅިއެކު ތިންސަތޭކަ ނުވައަހަރު އެމީހުން ހޮހޮޅުގައި ނިދާފައި ތިއްބެވެ. އެއީ މީލާދީ އަހަރާއި ހިޖްރީއަހަރާ ދެއަހަރުގެ ތަފާތުކަމުގައި ވެދާނެއެވެ.

  139. 18:26

    قُلِ ٱللَّهُ أَعْلَمُ بِمَا لَبِثُوا۟ ۖ لَهُۥ غَيْبُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ أَبْصِرْ بِهِۦ وَأَسْمِعْ ۚ مَا لَهُم مِّن دُونِهِۦ مِن وَلِىٍّ وَلَا يُشْرِكُ فِى حُكْمِهِۦٓ أَحَدًا

    Q̣ulil laahu ʹaʻlamu bimaa labis̤oo: lahoo g̣aybus samaawaati wal-ʹarḍ: ʹabṣir bihee waʹasmiʻ! Maa- lahum miñ doonihee miñw waliyy; wa-laa yushriku fee Ḥukmiheee ʹaḥadaa.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! "އެމީހުން އެހޮހޮޅުގައި ލަސްވެތިބިވަރެއް ﷲ ދެނެވޮޑިގަތުންބޮޑެވެ. އުޑުތަކާއި ބިމުގެ غيب އެކަލާނގެއަށް خاصّ ވެގެންވެއެވެ. އެކަލާނގެ ދެނެވޮޑިގަތުމުގެ ބޮޑުކަމާއެވެ! އަދި އެކަލާނގެ އައްސަވާވޮޑިގަތުމުގެ ބޮޑުކަމާއެވެ!" އަދި އެކަލާނގެ ފިޔަވައި އެމީހުންނަށް އެހެންއެއްވެސް ސަހަރޯވެރިއަކުނުވެއެވެ. އަދި އެކަލާނގެ حكم ގައި ހަމައެކަކުވެސް ކަލޭގެފާނު ބައިވެރިނުކުރާހުށިކަމެވެ! (ﷲ ބާވައިލެއްވި حكم އާއި خلاف އަށް އެހެންމީހަކު ބުނާބަހަކަށް އަދި قانون އަކަށް އަދި قواعد އަކަށް ކިޔަމަންވުމަކީ އެކަލާނގެ حكم ގައި އެހެންމީހަކު ބައިވެރިކުރުމެވެ. އެއީ އެކަލާނގެއާ شريك ކުރުމުގެ މަތީވަނައެކެވެ. އެއީ إلهيّة ގައި شريك ކުރުމެވެ. އަދި މިހިސާބުން كَهْفُ ބާގައިގެމީހުންގެ ވާހަކަ މިނިމުނީއެވެ. والله أعلم)

  140. 18:27

    وَٱتْلُ مَآ أُوحِىَ إِلَيْكَ مِن كِتَابِ رَبِّكَ ۖ لَا مُبَدِّلَ لِكَلِمَـٰتِهِۦ وَلَن تَجِدَ مِن دُونِهِۦ مُلْتَحَدًا

    Watlu maaa ʹooḥiya ʹilayka miñ Kitaabi Rabbik: laa- mubaddila li-Kalimaatih: wa-lañ tajida miñ doonihee multaḥadaa.

    އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ ގެ ފޮތުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލައްވާ وحي ކިޔަވާ ވިދާޅުވާށެވެ! ނުވަތަ އެ وحي އާއި تبع ވެވަޑައިގަންނަވާށެވެ! އެކަލާނގެ كلمة ފުޅު ބަދަލުކުރާނޭ އެކަކުވެސް ނުވެއެވެ. ނުވަތަ އެ كلمة ފުޅުތަކަށް ބަދަލުވުމެއް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި ސަލާމަތްވާންދާނެތަނެއް ނުވަތަ އެފަރާތަކަށް ބުރަވެލާނޭ އެހެންއެއްވެސް ފަރާތެއް ކަލޭގެފާނަށް ފެނިވަޑައިނުގަންނަވާނެއެވެ.

  141. 18:28

    وَٱصْبِرْ نَفْسَكَ مَعَ ٱلَّذِينَ يَدْعُونَ رَبَّهُم بِٱلْغَدَوٰةِ وَٱلْعَشِىِّ يُرِيدُونَ وَجْهَهُۥ ۖ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُۥ عَن ذِكْرِنَا وَٱتَّبَعَ هَوَىٰهُ وَكَانَ أَمْرُهُۥ فُرُطًا

    Waṣbir nafsaka maʻal laẓeena yadʻoona Rabbahum̃ bilg̣adaati walʻashiyyi yureedoona Wajhahoo wa-laa taʻdu ʻaynaaka ʻanhum: tureedu zeenatal Ḥayaatid dunyaa; wa-laa tuṭiʻ man ʹag̣falnaa q̣albahoo ʻañ ẓikrinaa wattabaʻa hawaahu wa-kaana ʹamruhoo furuṭaa.

    އަދި އެބައިމީހުން އެބައިމީހުންގެ ربّ ގެ وجه ފުޅު އެދިގެން / އެކަލާނގެ ރުހިވޮޑިގަތުން އެދިގެން ހެނދުނާއި ހަވީރު (ނުވަތަ ދުވާލާއި ރޭގަނޑު) އެކަލާނގެއަށް دعاء ކުރާމީހުންނާ އެކު ކަލޭގެފާނުންގެ نفس ފުޅު ކެތްކުރައްވާށެވެ! އެމީހުންނާ އެކު ކެތްތެރިވެވަޑައިގަންނަވާށެވެ! އަދި ދުނިޔޭގެ حياة ގެ ޒީނަތްތެރިކަން އެދިވަޑައިގެން، އެމީހުން ފިޔަވައި ކަލޭގެފާނުގެ ދެލޯފުޅު އަނބުރުއްވައި ނުލައްވާށެވެ! (އެމީހުންނާ ދުރުވެ ވަކިވެވަޑައިނުގަންނަވާށެވެ!) އަދި ތިމަންރަސްކަލާނގެ އެމީހެއްގެ ހިތް ތިމަންރަސްކަލާނގެ ހަނދާންކުރުމާއި ذِكر ކުރުމުން މުޅިން غافل ކުރައްވާފައިވާ، އަދި އެމީހަކު އެމީހެއްގެ هوى نفس އާ تبع ވެގެންވާ މީހަކަށް ކިޔަމަންތެރިވެވަޑައިނުގަންނަވާށެވެ! އަދި އެފަދަމީހާގެ ކަންތައްވަނީ މުޅިން ގެއްލި ހަލާކުވެގެންނެވެ. ނުވަތަ حقّ އާއި خلاف ވެ ހިތާމަޔަކަށްވެފައެވެ.

  142. 18:29

    وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ ۚ إِنَّآ أَعْتَدْنَا لِلظَّـٰلِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا ۚ وَإِن يَسْتَغِيثُوا۟ يُغَاثُوا۟ بِمَآءٍ كَٱلْمُهْلِ يَشْوِى ٱلْوُجُوهَ ۚ بِئْسَ ٱلشَّرَابُ وَسَآءَتْ مُرْتَفَقًا

    Wa-q̣ulil Ḥaq̣q̣u mir Rabbikum: famañ shaaaʹa falyuʹmiñw wamañ shaaaʹa falyakfur: ʹinnaaa ʹaʻtadnaa liz̤̣z̤̣aalimeena Naaran ʹaḥaaṭa bihim suraadiq̣uhaa: wa-ʹiñy yastag̣ees̤oo yug̣aas̤oo bimaaaʹiñ kalmuhli yashwil wujooh. Biʹsash sharaab! wa-saaaʹat murtafaq̣aa!

    (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު ވިދާޅުވާށެވެ! "حقّ އެވަނީ ކަލޭމެންގެ ربّ ގެ حضرة ންނެވެ. (هداية ދެއްކެވުމާއި މަގުފުރެއްދެވުން ވަނީ ހަމަ އެކަލާނގެ حضرة ގައެވެ. ތިމަންކަލޭގެފާނަކަށް ނޫނެވެ.) ފަހެ އީމާންވާން އެދޭމީހަކު އެމީހަކު إيمان ވާށެވެ! އަދި ކާފަރުވާން އެދޭމީހަކު ފަހެ އެމީހަކު ކާފަރުވާށެވެ! (އެމީހަކު އެދޭގޮތެކެވެ.) " ހަމަކަށަވަރުން އަނިޔާވެރިންނަށް (مشرك ންވެސް ވަނީ ހަމަ އޭގެތެރޭންނެވެ.) ތިމަންރަސްކަލާނގެ އަލިފާނެއް ތައްޔާރުކުރެއްވީމެވެ. އެއީ ނަރަކައެވެ. އެ އަލިފާނުގެ ފޭލިގެތައް އަލިފާނާއި ދުމުގެ ފަރުދާތައް އެމީހުން ވަށައިގެން ވާނެއެވެ. އަދި އެމީހުން ފެނަށް އެދި އާދޭސްކުރުމުން ވިރިފައިވާ مَعْدَن ގެ ނުވަތަ ދޮހާއި ކަޅުލެއިގެ ފެނުން އެމީހުންނަށް ފެންދެވޭނެއެވެ. އޭގެސަބަބުން އެމީހުންގެ މޫނުތައް ފިހި އަނދައިގެންދާނެއެވެ. އެބުއިން އެއީވާ ނުބައިވެގެންވާ ބުއިމެކެވެ! އަދި އެތަނަކީ ގޮސްތިބެ ޖަމާވާން ނުބައިވެގެންވާ ތަނެކެވެ.

  143. 18:30

    إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا

    ʹInnal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati ʹinnaa laa- nuḍeeʻu ʹajra man ʹaḥsana ʻamalaa.

    ހަމަކަށަވަރުން إيمان ވެގެން صالح عمل ތައްކުރިމީހުން ދަންނައެވެ! ހަމަކަށަވަރުން ރަނގަޅު ހެޔޮ عمل ން عمل ކުރިމީހުންގެ ދަރުމަ ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ.

  144. 18:31

    أُو۟لَـٰٓئِكَ لَهُمْ جَنَّـٰتُ عَدْنٍ تَجْرِى مِن تَحْتِهِمُ ٱلْأَنْهَـٰرُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَيَلْبَسُونَ ثِيَابًا خُضْرًا مِّن سُندُسٍ وَإِسْتَبْرَقٍ مُّتَّكِـِٔينَ فِيهَا عَلَى ٱلْأَرَآئِكِ ۚ نِعْمَ ٱلثَّوَابُ وَحَسُنَتْ مُرْتَفَقًا

    ʹUlaaaʹika lahum Jannaatu ʻAdniñ tajree miñ taḥtihimul ʹanhaaru yuḥallawna feehaa min ʹasaawira miñ ẓahabiñw wayalbasoona s̤iyaaban khuḍram miñ suñdusiñw waʹistabraq̣im muttakiʹeena feehaa ʻalal ʹaraaaʹik. Niʻmas̤ s̤awaab! Waḥasunat murtafaq̣aa!

    އެތަންތާގެ ދަށުން އާރުތައް ދެމިދެމިހުންނަ، ގާއިމުވެތިބޭ ސުވަރުގެތައް އެމީހުންނަށް ހުންނަ ހުއްޓެވެ. އެމީހުން އެތާނގައި ރަނުންވާ އުޅާތައް އަޅާނެއެވެ. އަދި ފަށުވީގެ ތުނި އޮމާން ފޮއްޗާއި އަދި އޭގެ ބޯފަށުވީގެ ފެހިކުލައިގެ ހެދުންތައް ލާނެއެވެ. އަދި އެމީހުން އެސުވަރުގޭގައިވާ ސޯފާތަކުގައި ލެނގިގެން ތިބޭނެއެވެ. އެސުވަރުގެ އެއީ ثواب އާއި نعمة އެވެ. ރަނގަޅުވެގެންވާ نعمة އެވެ. އަދި އެއީ ގޮސްތިބެ އަރާމުކުރުމަށް ރަނގަޅުވެގެންވާ ތަނެވެ.

  145. 18:32

    ۞ وَٱضْرِبْ لَهُم مَّثَلًا رَّجُلَيْنِ جَعَلْنَا لِأَحَدِهِمَا جَنَّتَيْنِ مِنْ أَعْنَـٰبٍ وَحَفَفْنَـٰهُمَا بِنَخْلٍ وَجَعَلْنَا بَيْنَهُمَا زَرْعًا

    Waḍrib lahum mas̤alar rajulayni jaʻalnaa liʹaḥadihimaa jannatayni min ʹaʻnaabiñw Waḥafafnaahumaa binakhliñw wajaʻalnaa baynahumaa zarʻaa.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް - يعني: އެ مشرك ންނަށް - ދެފިރިހެނެއްގެ مثال ޖައްސަވައިދެއްވާށެވެ! އެތަނުން އެކަކަށް (މުއްސަނދިމީހާއަށް) ތިމަންރަސްކަލާނގެ މޭބިސްކަދުރުގެ ދެބަގީޗާ ދެއްވީމެވެ. އަދި އެދެބަގީޗާގެ (މޭބިސްކަދުރުވެޔޮތައް) ވަށައިގެން ތިމަންރަސްކަލާނގެ ކަދުރުރުއް ލެއްވީމެވެ. އަދި އެދެބަގީޗާގެ ދެމެދުގައި ދަނޑުބިމެއް ލެއްވީމެވެ.

  146. 18:33

    كِلْتَا ٱلْجَنَّتَيْنِ ءَاتَتْ أُكُلَهَا وَلَمْ تَظْلِم مِّنْهُ شَيْـًٔا ۚ وَفَجَّرْنَا خِلَـٰلَهُمَا نَهَرًا

    Kiltal jannatayni ʹaatat ʹukulahaa wa-lam taz̤̣lim minhu shayʹañw wafajjarnaa khi-laalahumaa naharaa,

    ދެބަގީޗާގެ ގަސްތަކުގައި މޭވާއައިސް ފައްކާވެފައިވެއެވެ. އޭގެ މޭވާއާއި نتيجة ގެތެރެއިން ކުޑަމިންވަރެއްވެސް މަދުވެ އުނިވެގެންނުވެއެވެ. އަދި އެދެބަގީޗާގެދެމެދުގައި (ގަސްތަކުގެތެރޭގައި) ތިމަންރަސްކަލާނގެ ފެންއާރެއް ފަޅުއްވައި ހިންގެވީމެވެ. (ހުރިހާ ގޮތަކުންވެސް ކަންތައްތައް އޭނާއަށް ބަރާބަރުވެގެންވެއެވެ.)

  147. 18:34

    وَكَانَ لَهُۥ ثَمَرٌ فَقَالَ لِصَـٰحِبِهِۦ وَهُوَ يُحَاوِرُهُۥٓ أَنَا۠ أَكْثَرُ مِنكَ مَالًا وَأَعَزُّ نَفَرًا

    Wa-kaana lahoo s̤amar: faq̣aala liṣaaḥibihee wa-huwa yuḥaawiruhooo ʹana ʹaks̤aru miñka maalañw waʹaʻazzu nafaraa.

    އަދި އޭނާއަށް ގިނަވެގެންވާ މޭވާވެއެވެ. (އަދި ރަނާއި ރިހި އަދި ގިނަމުދާވެއެވެ.) ދެންފަހެ އޭނާ އޭނާގެ އެކުވެރިޔާއާއި (فقير މީހާއާ) ވާހަކަދެއްކުމުގެތެރޭގައި ބުންޏެވެ. "ކަލެއަށްވުރެ އަހުރެން މުދާގިނަވެފައި އަދި މީހުން ގިނަވުމުގެގޮތުން މާ عزّة ތެރިއެވެ."

  148. 18:35

    وَدَخَلَ جَنَّتَهُۥ وَهُوَ ظَالِمٌ لِّنَفْسِهِۦ قَالَ مَآ أَظُنُّ أَن تَبِيدَ هَـٰذِهِۦٓ أَبَدًا

    Wa-dakhala jannatahoo wa-huwa z̤̣aalimul linafsih: q̣aala maaa ʹaz̤̣unnu ʹañ tabeeda haaẓiheee ʹabadaa.

    އަދި އޭނާ އޭނާގެ ބަގީޗާއަށްވަނީ އޭނާގެ އަމިއްލަ نفس އަށް އަނިޔާވެރިވެގެންވާ حال ގައެވެ. (އެއީ محشر އަށް ފޮނުއްވުމާއިމެދު كافر ވުމާއި قيامة ވުމާ މެދު ޝައްކުވުމާއި މިބާވަތުގެ ކަންތަކުގެ ސަބަބުންނެވެ.) އޭނާ ބުންޏެވެ. އަހުރެން ހީކުރާގޮތުގައި އަހުރެންގެ މިމުދާ ދުވަހަކުވެސް ހަލާކުވެގެން ނުދާނެއެވެ.

  149. 18:36

    وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةً وَلَئِن رُّدِدتُّ إِلَىٰ رَبِّى لَأَجِدَنَّ خَيْرًا مِّنْهَا مُنقَلَبًا

    Wa-maaa ʹaz̤̣unnus saaʻata q̣aaaʹimatañw walaʹir rudittu ʹilaa Rabbee laʹajidanna khayram minhaa muñq̣alabaa.

    އަދި (އޭނާ ބުންޏެވެ.) "އަހުރެން ހީކުރާގޮތުގައި ތިޔަބުނާ قيامة ދުވަހެއް ނާންނާނެއެވެ. (އަދި ކަލޭ ތިޔަބުނާގޮތަށް قيامة قائم ވެގެން) އަހުރެން އަހުރެންގެ ربّ ގެ حضرة އަށް ދެވުނުނަމަވެސް އަހުރެންގެ މިބަގީޗާއަށްވުރެ މާހެޔޮ ރަނގަޅުތަކެތި އަހުރެންނަށް އެނބުރި ދެވޭތަނުގެ ގޮތުން ލިބޭނެއެވެ."

  150. 18:37

    قَالَ لَهُۥ صَاحِبُهُۥ وَهُوَ يُحَاوِرُهُۥٓ أَكَفَرْتَ بِٱلَّذِى خَلَقَكَ مِن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ سَوَّىٰكَ رَجُلًا

    Q̣aala lahoo ṣaaḥibuhoo wa-huwa yuḥaawiruhooo ʹakafarta billaẓee khalaq̣aka miñ turaabiñ s̤umma min nuṭfatiñ s̤umma sawwaaka rajulaa?

    އޭނާގެ (فقير) އެކުވެރިޔާ އޭނާއަށް ވާހަކަދައްކާ حال ބުންޏެވެ. "ކަލޭ ކަލޭހެއްދެވި ކަލާނގެއަށް ކާފަރުވެއްޖައީމުއެވެ. އެކަލާނގެއީ ކަލޭގެ ބައްޕަ (آدم عليه السّلام) ވެލިން ހައްދަވައި އަދި ކަލޭ މަނިފޮދުވަރަކުން ހައްދަވައި ދެން ފުރިހަމަ ބަރާބަރު ފިރިހެނަކަށް ހެއްދެވި ކަލާނގެއެވެ."

  151. 18:38

    لَّـٰكِنَّا۠ هُوَ ٱللَّهُ رَبِّى وَلَآ أُشْرِكُ بِرَبِّىٓ أَحَدًا

    Laakinna Huwal laahu Rabbee wa-laaa ʹushriku bi-Rabbeee ʹaḥadaa.

    އެހެނެއްކަމަކު އަހުރެން (އެކަލާނގެއަށް ކާފަރުނުވާހުށީމެވެ.) ﷲ އެއީ ކަނޑައެޅިގެން އަހުރެންގެ ربّ އެވެ. އަހުރެން އަހުރެންގެ ربّ އާއި ހަމައެކަކާއިވެސް شريك ނުކުރާހުރީމެވެ. ބައިވެރި ނުކުރާހުރީމެވެ.

  152. 18:39

    وَلَوْلَآ إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَآءَ ٱللَّهُ لَا قُوَّةَ إِلَّا بِٱللَّهِ ۚ إِن تَرَنِ أَنَا۠ أَقَلَّ مِنكَ مَالًا وَوَلَدًا

    Wa-lawlaaa ʹiẓ dakhalta jannataka q̣ulta maa- shaaaʹal laahu Laa- q̣uwwata ʹillaa billaah! ʹIñ tarani ʹana ʹaq̣alla miñka maalañw wawaladaa.

    ކަލޭ ކަލޭގެ ބަގީޗާއަށް ވަތްއިރު "ﷲ އިރާދަކުރެއްވިގޮތެވެ. ﷲ ގެ حضرة ންމެނުވީ ބާރެއް ލިބުމެއް ނުވެއެވެ." މިފަދައިން ބުނިނަމައެވެ. (އެފަދައިން ނުބުނީ ކީއްވެހެއްޔެވެ؟) ކަލެއަށްވުރެ އަހުރެން މުދަލާއި ދަރިން މަދުކަމުގައި ކަލޭ ދުއްނަމަވެސްމެއެވެ.

  153. 18:40

    فَعَسَىٰ رَبِّىٓ أَن يُؤْتِيَنِ خَيْرًا مِّن جَنَّتِكَ وَيُرْسِلَ عَلَيْهَا حُسْبَانًا مِّنَ ٱلسَّمَآءِ فَتُصْبِحَ صَعِيدًا زَلَقًا

    Faʻasaa Rabbeee ʹañy yuʹtiyani khayram miñ jannatika wa-yursila ʻalayhaa ḥusbaanam minas samaaaʹi fatuṣbiḥa ṣaʻeedañ zalaq̣aa!―

    "އަހުރެންގެ ربّ އަހުރެންނަށް ކަލޭގެ ބަގީޗާއަށްވުރެ މާހެޔޮއެއްޗެތި ދެއްވުން أمّيد ކުރެވެއެވެ. އަދި ކަލޭގެ ބަގީޗާއަށް އެކަލާނގެ އުޑުން عذاب އެއް ފޮނުއްވައި އެތަނަކީ އެއްވެސް އެއްޗެއްނުވާ ފައިކައްސާލާކަހަލަ އޮމާން ހުސްބިމަކަށް ހައްދަވައިފާނެއެވެ.

  154. 18:41

    أَوْ يُصْبِحَ مَآؤُهَا غَوْرًا فَلَن تَسْتَطِيعَ لَهُۥ طَلَبًا

    ʹAw yuṣbiḥa maaaʹuhaa g̣awrañ falañ tastaṭeeʻa lahoo ṭalabaa.

    ނުވަތަ އެތަނަކީ އެތާނގެ ފެން އެތާނގެ ބިމުގެ އަޑިއަށް އެކަށްވަދެގެންގޮސް ފެންފޮދެއް ނެތްތަނަކަށް ވެދާނެއެވެ. ދެން އޭރުން އެފެން ހޯދުމަށް ކަލެއަށް ކުޅަދާނަވެގެން ނުވާނެއެވެ." • ދަންނައެވެ! ކަންވީގޮތަކީވެސް އެއީއެވެ. ދެބަގީޗާގެވެރިޔާ ބަގީޗާއަށް ދިޔައިރު އެތަންއޮތީ އެކަށް ހަލާކުވެފައެވެ! ކޮންމެވެސް ބަލާއެއް ފޮނުއްވައި އެތަން މުޅިން ސުންނާފަތިވެ ހަލާކުވީއެވެ. އޭނާ އެތަންތަނަށް ކުރި خرد އާއި ހޭދައިގެ ބަދަލުގައި އެއްވެސް منفع އެއް ލިބެންނެތި ގަސްތައްވެރި ބަރުބާދުވެފައެވެ. ދެން މިލިޔާ ދެތިން އާޔަތުގައި އެވަނީ އެޔާބެހޭ ވާހަކައިގެ خلاصة އެވެ.

  155. 18:42

    وَأُحِيطَ بِثَمَرِهِۦ فَأَصْبَحَ يُقَلِّبُ كَفَّيْهِ عَلَىٰ مَآ أَنفَقَ فِيهَا وَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا وَيَقُولُ يَـٰلَيْتَنِى لَمْ أُشْرِكْ بِرَبِّىٓ أَحَدًا

    Wa-ʹuḥeeṭa bis̤amarihee faʹaṣbaḥa yuq̣allibu kaffayhi ʻalaa maaa ʹañfaq̣a feehaa wa-hiya khaawiyatun ʻalaa ʻurooshihaa wa-yaq̣oolu yaalaytanee lam ʹushrik bi-Rabbeee ʹaḥadaa!

    އަދި އޭނާގެ މޭވާތައް (އޭނާގެ މުދާތައް) ވަށައިލެވިއްޖެއެވެ. އެބަހީ: އޭނާގެ މުދާތަކަށް ކޮންމެވެސް އާފާތެއް ﷲ ފޮނުއްވައި އެތަކެތި ހަލާކުކުރައްވައިފިއެވެ. ދެންފަހެ އޭނާ އެބަގީޗާއަށްކުރި خرد އާއި އަދި އެޔަށްޖެހިފައިވާ مصيبة ގެ ސަބަބުން އެކަމާ ހިތާމައިން އޭނާގެ ދެއަތްތިލަ ފުރޮޅާކަމުގައިވިއެވެ. އަދި އޭނާ ބުނެއެވެ. "އަހުރެން އަހުރެންގެ ربّ އާއި އެކައްޗަކާވެސް شريك ނުކުރެވުނުނަމަ ކޮންފަދަ ރަނގަޅުވީސްހެއްޔެވެ؟"

  156. 18:43

    وَلَمْ تَكُن لَّهُۥ فِئَةٌ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مُنتَصِرًا

    Wa-lam takul lahoo fiʹatuñy yañṣuroonahoo miñ doonil laahi wa-maa kaana muñtaṣiraa.

    އަދި އޭނާއަށް نصر ދީ އެހީތެރިވާނޭ އެއްވެސް جماعة އެއް ﷲ ފިޔަވައި އޭނާއަކަށް ނުވިއެވެ. އަދި (ﷲ ގެ عذاب) مَنَعَ ކުރެވޭނެމީހަކުކަމުގައި އޭނާ ނުވިއެވެ.

  157. 18:44

    هُنَالِكَ ٱلْوَلَـٰيَةُ لِلَّهِ ٱلْحَقِّ ۚ هُوَ خَيْرٌ ثَوَابًا وَخَيْرٌ عُقْبًا

    Hunaalikal walaayatu lillaahil Ḥaq̣q̣. Huwa Khayrun s̤awaabañw wa-Khayruñ ʻuq̣baa.

    (قيامة ދުވަހުން) ވެރިކަމާއި مِلْكُ ވަނީ ހަމައެކަނި حقّ ވަންތަ ﷲ އަށެވެ. އެކަލާނގެއީ ثواب ދެއްވުމުގެގޮތުންނާއި އަދި ފަހުކޮޅުގެ ދަރުމަޔާއި جزاء ދެއްވުމުގެގޮތުން ހެޔޮވެގެންވާ ކަލާނގެއެވެ.

  158. 18:45

    وَٱضْرِبْ لَهُم مَّثَلَ ٱلْحَيَوٰةِ ٱلدُّنْيَا كَمَآءٍ أَنزَلْنَـٰهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِۦ نَبَاتُ ٱلْأَرْضِ فَأَصْبَحَ هَشِيمًا تَذْرُوهُ ٱلرِّيَـٰحُ ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ مُّقْتَدِرًا

    Waḍrib lahum mas̤alal ḥayaatid dunyaa kamaaaʹin ʹañzalnaahu minas samaaaʹi fakhtalaṭa bihee nabaatul ʹarḍi faʹaṣbaḥa hasheemañ taẓroohur riyaaḥ: wa-kaanal laahu ʻalaa kulli shayʹim Muq̣tadiraa.

    (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު އެމީހުންނަށް ދުނިޔޭގެ حياة ގެ މިސާލު ޖައްސަވައިދެއްވާށެވެ! އެއީ އުޑުން ތިމަންރަސްކަލާނގެ ބާވައިލެއްވި ފެނެއްގެ މިސާލެވެ. ވާރޭގަނޑެއްގެ މިސާލެވެ. ދެން އެވާރޭފެން ވެހި، އެފެނާއި ބިމުގެ ފަތްޕިލާވެލި އެކުވެ (ގަސްތައް ރަގަނޅުވެ ފައްކާވުމަށްފަހު) ދެން ގަސްތައްހިކި ކުދިކުދިވެ ވަޔަށް ބުރައިގެންދާފަދަ ކުނޑިތަކަކަށްވީއެވެ. އަދި ﷲ تعالى ކޮންމެކަމަކަށް ކުޅަދުންވަންތަ ކަލަކުކަމުގައި ވޮޑިގެންވިއެވެ. • ދަންނައެވެ. ﷲ تعالى ދުނިޔޭގެ حياة ގެ މިސާލު ފެނެއްގެ މިސާލުގައި މިޖެއްސެވީ ފެނަކީ އެއްތަނެއްގައި قائم ވެ އޮންނައެއްޗެއްނޫނެވެ. އެފަދައިން ދުނިޔެވެސް އެއް حالة އެއްގައި ނުއޮންނާނެއެވެ. ހަމައެފަދައިން ފެނަކީ އަބަދު އޮންނަ އެއްޗެއްނޫނެވެ. ދުނިޔެވެސް އެފަދައިން ދެމިނުއޮންނާނެއެވެ. ހަމައެފަދައިން ވަކިމިންވަރަކަށް ފެންހުރެއްޖެނަމަ منفع ކުރާނެއެވެ. ގިނަވެއްޖެއްޔާ ގެއްލުން ދީފާނެއެވެ. ދުނިޔެވެސް އެފަދައެވެ. ދުނިޔެއިން ފުދޭ ވަކިމިންވަރެއް ފައިދާކުރާނެއެވެ. ގިނބައިވަރުތަކުން ގެއްލުންކުރާނެއެވެ. - والله أعلم މިއީ حكمة ތެރިންގެ ބައެއްބަހެވެ.

  159. 18:46

    ٱلْمَالُ وَٱلْبَنُونَ زِينَةُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَٱلْبَـٰقِيَـٰتُ ٱلصَّـٰلِحَـٰتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ أَمَلًا

    ʹAlmaalu walbanoona zeenatul ḥayaatid dunyaa: wal-baaq̣iyaatuṣ ṣaaliḥaatu khayrun ʻiñda Rabbika s̤awaabañw wakhayrun ʹamalaa.

    މުދަލާއި ދަރިންނަކީ ދުނިޔޭގެ حياة ގެ ޒީނަތެކެވެ. އަދި بَاقِيَاتُ الصَّالِحَات އަކީ ކަލޭގެފާނުންގެ ربّ ގެ حضرة ގައި މާހެޔޮވެގެންވާ އެއްޗެކެވެ. ثواب ގެގޮތުންނާއި ފަހުކޮޅު ދަރުމަދެއްވުމުގެ މާހެޔޮވެގެންވެއެވެ. • ދަންނައެވެ. بَاقِيَاتُ الصَّالِحَات އަކާއިމެދު ދަންނަބޭކަލުންގެ މެދުގައި ބަސްތަފާތެވެ. ވަރަށްގިނަ ބޭކަލުން ވިދާޅުވަނީ އެއީ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ الْعَلِيِّ اْلعَظِيْم މިބަސްތައްކަމަށެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ فرض ފަސްނަމާދު ކަމަށެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވަނީ އެއީ آخرة އަށްޓަކައި ކުރެވޭ ކޮންމެ صالح عمل އެއް ކަމަށެވެ. އެއީ ބުނާބަހެއްނަމަވެސް ކުރާ عمل އެއްނަމަވެސް ހަމަހަމައެވެ. އަދި މިނޫންގޮތްގޮތަށްވެސް ބުނެވެއެވެ. والله أعلم.

  160. 18:47

    وَيَوْمَ نُسَيِّرُ ٱلْجِبَالَ وَتَرَى ٱلْأَرْضَ بَارِزَةً وَحَشَرْنَـٰهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا

    Wa-yawma nusayyirul jibaala wa-taral ʹarḍa baarizatañw waḥasharnaahum falam nug̣aadir minhum ʹaḥadaa.

    އަދި ތިމަންރަސްކަލާނގެ ފަރުބަދަތައް ދުއްވައިލާ ވިއްސިވިހާލިކޮށްލައްވާ ދުވަސް (ހަނދުމަފުޅުކުރައްވާށެވެ!) އަދި ބިންގަނޑު އެއްވެސްއެއްޗެއްނެތި ހަމަ ހާމަޔަށް ވަނިކޮށް ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. (ނުވަތަ އެބިމުގައި ވަޅުލެވިފައިވާހާ މީހުންނާއި ތަކެތި ނެރެ ފައުޅުވެގެން ވަނިކޮށް ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ.) އަދި އޭގެތެރެއިން އެކަކުވެސް ދޫނުކުރައްވައި ތިމަންރަސްކަލާނގެ އެމީހުން محشر ކުރައްވާހުށީމެވެ. އެއްކުރައްވާހުށީމެވެ.

  161. 18:48

    وَعُرِضُوا۟ عَلَىٰ رَبِّكَ صَفًّا لَّقَدْ جِئْتُمُونَا كَمَا خَلَقْنَـٰكُمْ أَوَّلَ مَرَّةٍۭ ۚ بَلْ زَعَمْتُمْ أَلَّن نَّجْعَلَ لَكُم مَّوْعِدًا

    Wa-ʻuriḍoo ʻalaa Rabbika ṣaffaa. Laq̣ad jiʹtumoonaa kamaa khalaq̣naakum ʹawwala marratim bal zaʻamtum ʹallan najʻala lakum mawʻidaa:

    އަދި އެމީހުން ކަލޭގެފާނުންގެ ربّ ގެ حضرة އަށް ސަފަކަށް ހުށަހެޅޭނެއެވެ. (އަދި އެމީހުންނަށް އެންގޭނެއެވެ.) "ހަމަކަށަވަރުން ފުރަތަމަފަހަރު ތިމަންރަސްކަލާނގެ ކަލޭމެން ހެއްދެވިފަދައިން ތިމަންރަސްކަލާނގެ حضرة އަށް ކަލޭމެން ގެނެވުނީއެވެ. އަދި ކިއެއްހެއްޔެވެ. ކަލޭމެން (ދުނިޔޭގައި އުޅުނުއިރު) ހީކުރީ ތިމަންރަސްކަލާނގެ ކަލޭމެނަށް ކަނޑައެޅިގެންވާ ވަކިވަގުތެއް (އެބަހީ: ހިސާބުބައްލަވާ عمل ތަކަށް جزاء ދެއްވުމަށް) ވަކިވަގުތެއް ނުލައްވާނެކަމަށެވެ." (މިއީ قيامة ދޮގުކުރިމީހުންނަށް އެންގެވޭ އެންގެވުމެކެވެ.)

  162. 18:49

    وَوُضِعَ ٱلْكِتَـٰبُ فَتَرَى ٱلْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَـٰوَيْلَتَنَا مَالِ هَـٰذَا ٱلْكِتَـٰبِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّآ أَحْصَىٰهَا ۚ وَوَجَدُوا۟ مَا عَمِلُوا۟ حَاضِرًا ۗ وَلَا يَظْلِمُ رَبُّكَ أَحَدًا

    Wa-wuḍiʻal Kitaabu fataral mujrimeena mushfiq̣eena mimmaa feehi wa-yaq̣ooloona yaa-waylatanaa maa lihaaẓal kitaabi laa- yug̣aadiru ṣag̣eeratañw walaa kabeeratan ʹillaaa ʹaḥṣaahaa! Wawajadoo maa- ʻamiloo ḥaaḍiraa: walaa yaz̤̣limu Rabbuka ʹaḥadaa.

    އަދި عمل ގެ ފަތް ބޭއްވެވިދެއެވެ. (އެބަހީ: عمل ގެ ފަތް ކޮންމެމީހެއްގެ އަތުގައި ބޭއްވިދެއެވެ.) ފަހެ مجرم ން -އެބަހީ: ނުބައިނުލަފާމީހުން - އެމީހުންގެ ފަތުގައިވާތަކެތި ދެކެފައި ބިރުން ސިހިގެންދާނެއެވެ. (ހިތާމަކޮށް ރޮއިހަދާނެއެވެ.) އަދި ބުނާނެއެވެ. "އަހުރެމެންގެމައްޗަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! މިއީ ކޮންކަހަލަ ފަތެއްހެއްޔެވެ. ކިތައްމެ ކުޑަފާފައެއްވިޔަސް އަދި ބޮޑުފާފައެއްވިޔަސް އޭގައި ނުހިމަނާ ނުވެއެވެ. (ހުރިހާ އެއްޗެއް އެބަހުއްޓެވެ.) " އަދި އެމީހުން ދުނިޔޭގައި ކުރިނަމަކުރި عمل އެއް حاضر ވެގެންވާތީ އެމީހުން ދެކޭނެއެވެ.

  163. 18:50

    وَإِذْ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ كَانَ مِنَ ٱلْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِۦٓ ۗ أَفَتَتَّخِذُونَهُۥ وَذُرِّيَّتَهُۥٓ أَوْلِيَآءَ مِن دُونِى وَهُمْ لَكُمْ عَدُوٌّۢ ۚ بِئْسَ لِلظَّـٰلِمِينَ بَدَلًا

    Wa-ʹiẓ q̣ulnaa lil-malaaaʹikatis judoo liʹAadama fasajadooo ʹillaaa ʹIblees. Kaana minal Jinni fafasaq̣a ʻan ʹAmri Rabbih. ʹAfatattakhiẓoonahoo waẓurriyyatahooo ʹawliyaaaʹa miñ doonee wa-hum lakum ʻaduww! Biʹsa liz̤̣z̤̣aalimeena badalaa!

    އަދި آدم (عليه السّلام) އަށް سجدة ކުރުމަށް ملائكة ބޭކަލުންނަށް ތިމަންރަސްކަލާނގެ އެންގެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) ފަހެ إبليس މެނުވީ އެންމެހައި ملائكة ބޭކަލުން سجدة ކުރެއްވިއެވެ. އޭނާވީ جِنِّ ންގެތެރެއިންނެވެ. ފަހެ އޭނާ އޭނާގެ ربّ ގެ أمر ފުޅު ރައްދުކޮށް އެކަލާނގެ ކިޔަމަނުން ނުކުމެއްޖެއެވެ. آدم عليه السّلام އަށް سجدة ނުކުރިއެވެ. (އޭ آدم ގެދަރިންނޭވެ!) އެ إبليس އާއި އޭނާގެ ދަރިފަސްކޮޅު ކަލޭމެންގެ عدوّ ންކަމުގައިވާ حال ވެސް ކަލޭމެން ތިމަންރަސްކަލާނގެ ފިޔަވައި އެއީސަހަރޯވެރިންކަމުގައި ބަލައި إختيار ކުރަނީހެއްޔެވެ؟ ކާފަރު އަދި އަނިޔާވެރިންގެ ބަދަލަކީ ނުބައިވެގެންވާ ބަދަލެކެވެ. (އެއީ ﷲ އަށް ކިޔަމަންވުމުގެ ބަދަލުގައި إبليس އަށް ކިޔަމަންވުމެވެ.)

  164. 18:51

    ۞ مَّآ أَشْهَدتُّهُمْ خَلْقَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلَا خَلْقَ أَنفُسِهِمْ وَمَا كُنتُ مُتَّخِذَ ٱلْمُضِلِّينَ عَضُدًا

    Maaa ʹash-hattuhum khalq̣as samaawaati wal-ʹarḍi wa-laa khalq̣a ʹañfusihim: wa-maa kuñtu muttakhiẓal muḍilleena ʻaḍudaa!

    އަދި ތިމަންރަސްކަލާނގެ އުޑުތަކާއި ބިންހެއްދެވުމުގައި (އެހީތެރިވާން) إبليس އާއި އޭނާގެ ދަރިފަސްކޮޅު حاضر ނުކުރުވަމެވެ. އަދި އެމީހުން (އެއްބަޔަކު ހެއްދެވިއިރު އަނެއްބަޔަކުވެސް) حاضر ނުކުރުވަމެވެ. އަދި ވާގިވެރިންކަމުގައި މީސްތަކުން މަގުފުރައްދާ ބަޔަކު ހިއްޕަވާނޭކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވެއެވެ. (އަދި ކިއެއްހެއްޔެވެ. އެހުރިހާ ތަކެތި ހެއްދެވީ އެއްވެސް އެހީތެރި ވާގިވެރިއަކާނުލައި ހަމަ ތިމަންރަސްކަލާނގެ އެކަންޏެވެ.)

  165. 18:52

    وَيَوْمَ يَقُولُ نَادُوا۟ شُرَكَآءِىَ ٱلَّذِينَ زَعَمْتُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا۟ لَهُمْ وَجَعَلْنَا بَيْنَهُم مَّوْبِقًا

    Wa-Yawma yaq̣oolu naadoo shurakaaaʹi yal-laẓeena zaʻamtum fadaʻawhum falam yastajeeboo lahum wa-jaʻalnaa baynahum maw-biq̣aa.

    (އަދި އެ مشرك ންނަށް) އެކަލާނގެ އަންގަވާދުވަސް (ހަނދުމަފުޅުކުރައްވާށެވެ!) (އެކަލާނގެ އަންގަވާނެއެވެ.) ތިމަންރަސްކަލާނގެއަށްވާ شريك ންކަމުގައި ކަލޭމެން ހީކުރި ފަރާތްތަކަށް ކަލޭމެން ގޮވާށެވެ! (އެއީ އެތަކެތި ކަލޭމެނަށް نصر ދީ ތިމަންރަސްކަލާނގެ عذاب مَنَعَ ކުރާށެވެ.) ދެންފަހެ އެމީހުން އެތަކެއްޗަށް ގޮވާނެއެވެ. އަދި އެތަކެތި އެމީހުންނަށް އެއްވެސް جواب އެއް ނުދޭނެއެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނާއި އެމީހުން އެހީކުރި شريك ންތަކާ ދެމެދު عداوة ތެރިކަމެއް ލެއްވީމެވެ. / ނުވަތަ ނަރަކައިގެ ވާދީއެއް ލެއްވީމެވެ. / ނުވަތަ ހަލާކުވާނެތަނެއް ލެއްވީމެވެ.

  166. 18:53

    وَرَءَا ٱلْمُجْرِمُونَ ٱلنَّارَ فَظَنُّوٓا۟ أَنَّهُم مُّوَاقِعُوهَا وَلَمْ يَجِدُوا۟ عَنْهَا مَصْرِفًا

    Wa-ra ʹal-mujrimoonan Naara faz̤̣annooo ʹannahum muwaaq̣iʻoohaa wa-lam yajidoo ʻanhaa maṣrifaa.

    އަދި ނުބައި ނުލަފާމީހުން (مجرم ން) ނަރަކަ ދެކޭނެއެވެ. އަދި އެމީހުން އެތަނަށް ވަންނާނެކަން އެމީހުންނަށް އެނގޭނެއެވެ. އަދި އެތަނާ ދުރަށް (އެއިން ބަޗައިގަންނާނެގޮތެއް) ދާނެ އެއްވެސްގޮތެއް އެމީހުންނަކަށް ނުފެންނާނެއެވެ.

  167. 18:54

    وَلَقَدْ صَرَّفْنَا فِى هَـٰذَا ٱلْقُرْءَانِ لِلنَّاسِ مِن كُلِّ مَثَلٍ ۚ وَكَانَ ٱلْإِنسَـٰنُ أَكْثَرَ شَىْءٍ جَدَلًا

    Wa-laq̣ad ṣarrafnaa fee haaẓal Q̣urʹaani linnaasi miñ kulli mas̤al: wa-kaanal ʹIñsaanu ʹaks̤ara shayʹiñ jadalaa.

    އަދި ހަމަކަށަވަރުން ހުރިހާ ވައްތަރެއްގެ މިސާލެއް މީސްތަކުންނަށްޓަކައި މި قرآن ގައި ތިމަންރަސްކަލާނގެ ޖައްސަވާހެއްދެވީމެވެ. އަދި އިންސާނާ ވަނީ جدل ކުރުންބޮޑު، އިދިކޮޅުހެދުން ގަދަ މީހަކުކަމުގައެވެ.

  168. 18:55

    وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوٓا۟ إِذْ جَآءَهُمُ ٱلْهُدَىٰ وَيَسْتَغْفِرُوا۟ رَبَّهُمْ إِلَّآ أَن تَأْتِيَهُمْ سُنَّةُ ٱلْأَوَّلِينَ أَوْ يَأْتِيَهُمُ ٱلْعَذَابُ قُبُلًا

    Wa-maa manaʻan naasa ʹañy yuʹminooo ʹiẓ jaaaʹahumul Hudaa wa-yastag̣firoo Rabbahum ʹillaaa ʹañ taʹtiyahum sunnatul ʹawwaleena ʹaw yaʹtiyahumul ʻAẓaabu q̣ubulaa?

    އަދި މީސްތަކުންގެގާތަށް ތެދުމަގު އައުމަށްފަހު އެމީހުން إيمان ވުމުން މަނާވެ އެމީހުން ގެ ربّ ގެ حضرة ގައި ފާފަފުއްސެވުމަށް ދެންނެވުން މަނާވީކަމެއްކަމުގައި އިހުޒަމާނުގެ أمّة ތަކަށްވެސް ތިމަންރަސްކަލާނގެ އެގެންދެވި أصول އަދި އެގޮތް އެމީހުންނަށްވެސް އައުން ކަމުގައިމެނުވީ ނުވެއެވެ. އެއީ عذاب އަންނަންދެން އީމާންނުވެ ތިބުމެވެ. ނުވަތަ ކުއްލިއަކަށް ނުވަތަ ހަމަފައުޅުގައި އެމީހުންނަށް عذاب އައުންކަމުގައިމެނުވީ ނުވެއެވެ.

  169. 18:56

    وَمَا نُرْسِلُ ٱلْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَ ۚ وَيُجَـٰدِلُ ٱلَّذِينَ كَفَرُوا۟ بِٱلْبَـٰطِلِ لِيُدْحِضُوا۟ بِهِ ٱلْحَقَّ ۖ وَٱتَّخَذُوٓا۟ ءَايَـٰتِى وَمَآ أُنذِرُوا۟ هُزُوًا

    Wa-maa nursilul mursaleena ʹillaa mubashshireena wa-muñẓireen: wa-yujaadilul laẓeena kafaroo bilbaaṭili liyudḥiḍoo bihil Ḥaq̣q̣: wattakhaẓooo ʹAayaatee wa-maaa ʹuñẓiroo huzuwaa!

    އަދި އުފާވެރިކަމުގެ خبر ދެއްވާ ބޭކަލުންކަމުގައްޔާއި އަދި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލުންކަމުގައި މެނުވީ ތިމަންރަސްކަލާނގެ رسول ބޭކަލުން ނުފޮނުއްވަމެވެ. (އެބަހީ: ތިމަންރަސްކަލާނގެ رسول ބޭކަލުން ފޮނުއްވީ ތިމަންރަސްކަލާނގެއަށް ކިޔަމަންވާ އަޅުންނަށް قيامة ދުވަހުން ސުވަރުގެޔާއި އެތާނގެ ތަފާތު نعمة ތައް ހުރިކަމުގެ އުފާވެރިކަމުގެ خبر ދެއްވުމަށާއި އަދި ތިމަންރަސްކަލާނގެއަށް ނުކިޔަމަންތެރިވީ އަޅުންނަށް قيامة ދުވަހުން ނަރަކައާއި އެތާނގެ ތަފާތު عذاب ހުރިކަމުގެ ބިރުވެރި خبر ދެއްވުމަށެވެ.) އަދި ކާފަރުވެއްޖެ މީސްތަކުން باطل އަދި ތާކުންތާކުނުޖެހޭ دليل ތަކުން جدل ކޮށްހަދައެވެ. އެއީ حقّ ނެތިކޮށްލައި حقّ ފިލުވައިލުމަށެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތަކާއި އެމީހުންނަށް إنذار ކުރެވުނު އަދި ބިރުގެންނެވުނުތަކެތި އެއީ މަލާމާތާއި ފުރައްސާރަޔަކަށް ހަދައިލިއެވެ. • ދަންނައެވެ! މިއާޔަތުގައިއެވާ آيَاتِي އޭ އޮތްބަސްފުޅުގެ މުރާދުކުރައްވަނީ ކީރިތި قرآن އާއި ދެންވެސް ބާވައިލެއްވި وحي އެވެ. އަދި އެމީހުންނަށް إنذار ވެވުނުތަކެތީގެ މުރާދަކީ رسول ބޭކަލުންނަށް ދެއްވުނު معجزة ތަކާއި عَادَ ފޫވައްޓަވައިފަނިވި ކަންތައްތަކެވެ. މިހުރިހާ ތަކެއްޗަކީ މަލާމާތްކުރެވޭ، باطل އަދި ކުޅިވަރުކަމުގައި ކާފަރުންތައް ހަދައިލިއެވެ.

  170. 18:57

    وَمَنْ أَظْلَمُ مِمَّن ذُكِّرَ بِـَٔايَـٰتِ رَبِّهِۦ فَأَعْرَضَ عَنْهَا وَنَسِىَ مَا قَدَّمَتْ يَدَاهُ ۚ إِنَّا جَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًا ۖ وَإِن تَدْعُهُمْ إِلَى ٱلْهُدَىٰ فَلَن يَهْتَدُوٓا۟ إِذًا أَبَدًا

    Wa-man ʹaz̤̣lamu mimmañ ẓukkira biʹAayaati Rabbihee faʹaʻraḍa ʻanhaa Wanasiya maa- q̣addamat yadaah? ʹInnaa jaʻalnaa ʻalaa q̣uloobihim ʹakinnatan ʹañy yafq̣ahoohu wa-feee ʹaaẓaanihim waq̣raa. Wa-ʹiñ tadʻuhum ʹilal Hudaa falañy yahtadooo ʹiẓan ʹabadaa.

    އަދި އެމީހެއްގެ ގާތުގައި އެމީހެއްގެ ربّ ގެ އާޔަތްތައް ހަނދާންކޮށްދެވުމަށްފަހު ދެން އެ آية ތަކުން އޭނާ މޫނު އަނބުރައިލާ އަދި އޭނާކޮށްފައިވާ ފާފަތައް ހަނދާންނައްތާލި މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުހުންނާނެއެވެ.) ހަމަކަށަވަރުން އެމީހުންގެ ހިތްތަކުގެމަތީގައި އެމީހުންނަށް ނުވިސްނޭނޭގޮތުން ތިމަންރަސްކަލާނގެ މައްޗެއް ނުވަތަ ހުރަހެއް ލެއްވީމެވެ. އަދި އެމީހުންގެ ކަންފަތްތަކުގެމަތީގައި ބައްކަމެއް (ބަރުކަމެއް) ލެއްވީމެވެ. ފަހެ ކަލޭގެފާނު އެމީހުންނަށް ތެދުމަގަށް ކިތަންމެވަރަކަށް ގޮވާލެއްވިޔަސް ހަމަހިލާދުވަހަކުވެސް އެމީހުންނަކަށް ތެދުމަގެއް ނުލިބޭނެއެވެ.

  171. 18:58

    وَرَبُّكَ ٱلْغَفُورُ ذُو ٱلرَّحْمَةِ ۖ لَوْ يُؤَاخِذُهُم بِمَا كَسَبُوا۟ لَعَجَّلَ لَهُمُ ٱلْعَذَابَ ۚ بَل لَّهُم مَّوْعِدٌ لَّن يَجِدُوا۟ مِن دُونِهِۦ مَوْئِلًا

    Wa-Rabbukal G̣afooru Ẓur Raḥmah. Law yuʹaakhiẓuhum̃ bimaa kasaboo laʻajjala lahumul ʻaẓaab: bal lahum mawʻidul lañy yajidoo miñ doonihee mawʹilaa.

    (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނުންގެ ربّ އެއީ ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ. އަދި އެއީ رحمة ގެވެރިކަލާނގެއެވެ. އަދި އެމީސްތަކުންކުރާ ފާފަޔާއި ނުލަފާ ކަންތަކުގެ ސަބަބުން އެމީހުން ހިއްޕަވާނެނަމަ ހަމަކަށަވަރުން އެމީހުންނަށް عذاب އަވަސްކުރައްވައިފީހެވެ. އަދި އެހެންނަމަވެސް އެމީހުންނަށް (عذاب ދެއްވުމުގެ) ވަކިވަގުތެއް ކަނޑައެޅިގެން ވެއެވެ. (އެއީ قيامة ދުވަހެވެ.) އަދި އެކަލާނގެ ފިޔަވައި އެމީހުން ސަލާމަތްވާންދާނެތަނެއް އަދި ސަލާމަތްކޮށްދޭނެމީހަކު އެމީހުންނަކަށް ނުވާނެއެވެ.

  172. 18:59

    وَتِلْكَ ٱلْقُرَىٰٓ أَهْلَكْنَـٰهُمْ لَمَّا ظَلَمُوا۟ وَجَعَلْنَا لِمَهْلِكِهِم مَّوْعِدًا

    Wa-tilkal q̣uraaa ʹahlaknaahum lammaa z̤̣alamoo wa-jaʻalnaa limahlikihim mawʻidaa.

    އަދި ތިމަންރަސްކަލާނގެ އެހަލާކުކުރެއްވި ހުރިހާ ރަށްރަށެއް އެރަށްރަށުގެ أهل ވެރިން އަނިޔާވެރިވީހިނދުން އެރަށްރަށް ހަލާކުކުރެއްވުމަށް ތިމަންރަސްކަލާނގެ ވަކިވަގުތެއް ކަނޑައެޅުއްވީމެވެ. (އެކަނޑައެޅުއްވި ވަގުތު އެރަށްރަށް ހަލާކުވެގެންދިޔައީއެވެ. އެކަންކަމުން މި مكّة ގެ أهل ވެރިން عبرة حاصل ކުރުންހުއްޓެވެ.)

  173. 18:60

    وَإِذْ قَالَ مُوسَىٰ لِفَتَىٰهُ لَآ أَبْرَحُ حَتَّىٰٓ أَبْلُغَ مَجْمَعَ ٱلْبَحْرَيْنِ أَوْ أَمْضِىَ حُقُبًا

    Wa-ʹiẓ q̣aala Moosaa lifataahu laaa ʹabraḥu ḥattaaa ʹablug̣a majmaʻal baḥrayni ʹaw ʹamḍiya ḥuq̣ubaa.

    އަދި موسى (عليه السّلام) އެކަލޭގެފާނުންގެ އަރިހުގައިވާ ޒުވާނާއަށް (يُوْشَعُ بنُ نُون އަށް) ވިދާޅުވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލޭގެފާނު ވިދާޅުވިއެވެ. "مَجْمَعَ الْبَحْرَيْنِ އެވެ ކިޔާތަނަށް (ދެކަނޑު އެއްވާތަނަށް - ދެކަނޑުގުޅޭތަނަށް) ދެވިއްޖައުމަށްދާންދެން ނުވަތަ އެތަކެއްދުވަސްތަކެއް ނުވަތަ އަހަރުތަކެއްވަންދެން އަހުރެމެންގެ މިދަތުރު ހުއްޓައިނުލާ ކުރިޔަށްދާހުށީމެވެ."

  174. 18:61

    فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَٱتَّخَذَ سَبِيلَهُۥ فِى ٱلْبَحْرِ سَرَبًا

    Falammaa balag̣aa majmaʻa baynihimaa nasiyaa ḥootahumaa fattakhaẓa sabeelahoo fil baḥri sarabaa.

    ދެންފަހެ އޭގެ ދެބޭކަލުން އެހިސާބަށް ވަޑައިގެންނެވުނުހިނދުން (އެބަހީ: އެދެކަނޑުގުޅޭ ހިސާބަށް) ވަޑައިގެންނެވުނުހިނދުން އެދެބޭކަލުން (ގެންގޮސްފައިވާ) މަހުގެ މަތިން އެދެބޭކަލުން ހަނދުމަފުޅު ނެތިއްޖެއެވެ. އަދި އެމަސް އޭތިދިޔަގޮތް އެނގޭގޮތަށް ކަނޑުގައި މަގެއް ހަދައިފާ އޭތި ހިނގައްޖެއެވެ. (އެއީ ހޮރެއްގޮތަށް ހެދިފައިވާ މަގެކެވެ.)

  175. 18:62

    فَلَمَّا جَاوَزَا قَالَ لِفَتَىٰهُ ءَاتِنَا غَدَآءَنَا لَقَدْ لَقِينَا مِن سَفَرِنَا هَـٰذَا نَصَبًا

    Falammaa jaawazaa q̣aala lifataahu ʹaatinaa g̣adaaaʹanaa laq̣ad laq̣eenaa miñ safarinaa haaẓaa naṣabaa.

    ދެންފަހެ އޭގެ ދެބޭކަލުން އެތަން ފަހަނަޅައިކުރިޔަށް ވަޑައިގެންނެވުނުހިނދުން موسى (عليه السّلام) އެކަލޭގެފާނުންގެ ޒުވާނާއަށް ވިދާޅުވިއެވެ. "އަހުރެމެންގެ މެންދުރުގެ ކާނާގެންނާށެވެ! ހަމަކަށަވަރުން އަހުރެމެންގެ މިދަތުރުގައި އަހުރެމެންނަށް އުނދަގުލާއި ވަރުބަލިކަން ޖެހިއްޖެއެވެ."

  176. 18:63

    قَالَ أَرَءَيْتَ إِذْ أَوَيْنَآ إِلَى ٱلصَّخْرَةِ فَإِنِّى نَسِيتُ ٱلْحُوتَ وَمَآ أَنسَىٰنِيهُ إِلَّا ٱلشَّيْطَـٰنُ أَنْ أَذْكُرَهُۥ ۚ وَٱتَّخَذَ سَبِيلَهُۥ فِى ٱلْبَحْرِ عَجَبًا

    Q̣aala ʹaraʹayta ʹiẓ ʹawaynaaa ʹilaṣ ṣakhrati faʹinnee naseetul ḥoot? wa-maaa ʹañsaaneehu ʹillash Shayṭaanu ʹan ʹaẓkurah: wattakhaẓa sabeelahoo fil baḥri ʻajabaa!

    އެޒުވަނާ ދެންނެވިއެވެ. "ކަލޭގެފާނު ނިކަން ބައްލަވާށެވެ! އަހުރެމެން އެހިލަގަނޑުގެ ކައިރީގައި އަރާމުކޮށްލުމަށް ތިބިހިނދު އެމަހުގެމަތީން އަހުރެން ހަނދާންނެތިއްޖެއެވެ. އަދި އަހުރެން އެމަސްމަތިން ހަނދާންނައްތުވައިލީ شيطان އާކަމުގައިމެނުވީ ނުވެއެވެ."

  177. 18:64

    قَالَ ذَٰلِكَ مَا كُنَّا نَبْغِ ۚ فَٱرْتَدَّا عَلَىٰٓ ءَاثَارِهِمَا قَصَصًا

    Q̣aala ẓaalika maa- kunnaa nabg̣i fartaddaa ʻalaaa ʹaas̤aarihimaa q̣aṣaṣaa.

    އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. "އަހުރެން އެދޭތަނަކީ އެއީއެވެ." ދެންފަހެ އެދެބޭކަލުން އެދެބޭކަލުން ވަޑައިގެންނެވިމަގުގެ އަސަރާ تبع ވެގެން އައިކޮޅަށް رجوع ވެވަޑައިގެންފިއެވެ. (އެމަސް ދިރިގެން ދިޔަ ހިސާބަށް ވަޑައިގެންފިއެވެ.)

  178. 18:65

    فَوَجَدَا عَبْدًا مِّنْ عِبَادِنَآ ءَاتَيْنَـٰهُ رَحْمَةً مِّنْ عِندِنَا وَعَلَّمْنَـٰهُ مِن لَّدُنَّا عِلْمًا

    Fawajadaa ʻAbdam min ʻibaadinaaa ʹaataynaahu Raḥmatam min ʻiñdinaa wa-ʻallamnaahu mil ladunna ʻIlmaa.

    ދެންފަހެ އެތަނުން އޭގެދެބޭކަލުން، ތިމަންރަސްކަލާނގެ އަޅުންކުރެ އަޅަކު ދެކެވަޑައިގެންފިއެވެ. އެއަޅަކީ ތިމަންރަސްކަލާނގެ حضرة ން އެއަޅާއަށް رحمة އެއް (خاصّ رحمة އެއް) ދެއްވާފައިވާ އަޅެކެވެ. އަދި އެއަޅާއަށް ތިމަންރަސްކަލާނގެ (خاصّ) علم އެއް އުގަންނަވައިދެއްވީމެވެ. އެއީ (خَضِرُ عليه السّلام ކަމުގައި مفسّر ން ވިދާޅުވިއެވެ.)

  179. 18:66

    قَالَ لَهُۥ مُوسَىٰ هَلْ أَتَّبِعُكَ عَلَىٰٓ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًا

    Q̣aala lahoo Moosaa hal ʹattabiʻuka ʻalaaa ʹañ tuʻallimani mimmaa ʻullimta rushdaa?

    موسى عليه السّلام އެބޭކަލަކަށް ވިދާޅުވިއެވެ. "ތެދުމަގާއި حقّ ގެތެރެއިން ކަލޭގެފާނަށް އުގަންނަވައިދެއްވިފައިވާ ތަކެތީގެތެރެއިން އަހުރެންނަށް ކަލޭގެފާނު އުގަންނަވައިދެއްވުމުގެ މައްޗަށް ކަލޭގެފާނާ އަހުރެން تبع ވަންތޯއެވެ؟ (ކަލޭގެފާނުންގެ އަރިހުގައި އަހުރެން ގެންދަވާނުތޯއެވެ؟) "

  180. 18:67

    قَالَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًا

    Q̣aala ʹinnaka lañ tastaṭeeʻa maʻiya ṣabraa!

    އެބޭކަލަކު ވިދާޅުވިއެވެ. "ހަމަކަށަވަރުން ކަލޭގެފާނަށް އަހުރެންނާ އެކު ކެތްތެރިވެވަޑައިގެން ހުންނެވުމަކަށް ކުޅަދާނަފުޅު ނުވާނެއެވެ.

  181. 18:68

    وَكَيْفَ تَصْبِرُ عَلَىٰ مَا لَمْ تُحِطْ بِهِۦ خُبْرًا

    Wa-kayfa taṣbiru ʻalaa maa- lam tuḥiṭ bihee khubraa?

    އެކަމެއްގެ އެއްވެސް އެނގުމެއް އަދި خبر އެއް ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވާކަމެއްގެމައްޗަށް ކަލޭގެފާނު ކެތްކުރައްވާނީ ކޮންފަދައަކުންތޯއެވެ؟"

  182. 18:69

    قَالَ سَتَجِدُنِىٓ إِن شَآءَ ٱللَّهُ صَابِرًا وَلَآ أَعْصِى لَكَ أَمْرًا

    Q̣aala satajiduneee ʹiñ shaaa ʹallaahu ṣaabirañw walaaa ʹaʻṣee laka ʹamraa.

    އެކަލޭގެފާނު يعني: موسى (عليه السّلام) ވިދާޅުވިއެވެ. "ﷲ އިރާދަކުރެއްވިއްޔާ ކަލޭގެފާނު އަހުރެން ދެކެވަޑައިގަންނަވާނީ ކެތްތެރިއަކު ކަމުގައެވެ. އަދި ކަލޭގެފާނުންގެ އަމުރުފުޅަކަށް އަހުރެން ނުއުރެދޭހުށީމެވެ."

  183. 18:70

    قَالَ فَإِنِ ٱتَّبَعْتَنِى فَلَا تَسْـَٔلْنِى عَن شَىْءٍ حَتَّىٰٓ أُحْدِثَ لَكَ مِنْهُ ذِكْرًا

    Q̣aala faʹinit tabaʻtanee falaa tasʻalnee ʻañ shayʹin ḥattaaa ʹuḥdis̤a laka minhu ẓikraa.

    އެބޭކަލަކު ވިދާޅުވިއެވެ. "ކަލޭގެފާނު އަހުރެންނާ تبع ވެވަޑައިގަންނަވަންޏާ (އަހުރެންނާއެކު ވަޑައިގަންނަވަންޏާ) އެއްވެސްއެއްޗަކާ މެދު އަދި އެއްވެސްކަމަކާ މެދު އަހުރެން އެކަމެއް بيان ކޮށްދެއްވުމުގެގޮތުން ކަލޭގެފާނާ ފަށައިގެން ވާހަކަދައްކަވައިފުމަށްދާންދެން އެއްވެސްކަމަކާ މެދު އަހުރެންނާ ސުވާލު ނުކުރައްވާށެވެ!"

  184. 18:71

    فَٱنطَلَقَا حَتَّىٰٓ إِذَا رَكِبَا فِى ٱلسَّفِينَةِ خَرَقَهَا ۖ قَالَ أَخَرَقْتَهَا لِتُغْرِقَ أَهْلَهَا لَقَدْ جِئْتَ شَيْـًٔا إِمْرًا

    Fañṭalaq̣aa: ḥattaaa ʹiẓaa rakibaa fis safeenati kharaq̣ahaa. Q̣aala ʹakharaq̣tahaa litug̣riq̣a ʹahlahaa? Laq̣ad jiʹta shayʹan ʹimraa!

    ދެންފަހެ އެދެބޭކަލުން - އެބަހީ: موسى عليه السّلام އާ خَضِرُ عليه السّلام އާއި ދެބޭކަލުން (އެކުއެކުގައި) ވަޑައިގެންފިއެވެ. އެއީ އެދެބޭކަލުން ނަވަކަށް އަރާވަޑައިގެންފުމަށްދާންދެނެވެ. (ދެން އެދެބޭކަލުން ނަވަށް އަރާވަޑައިގެން ހަމަޖެހިވަޑައިގަތުމަށްފަހު) خَضِرُ عليه السّلام އެނައުގެ (ފިލައެއް ނައްޓުވާލައްވާ) ނައު ފޫވައްޓަވާލައްވައިފިއެވެ. موسى عليه السّلام ވިދާޅުވިއެވެ. "ކަލޭގެފާނު އެނަވުގެ أهل ވެރިން غرق ކޮށްލެއްވުމަށްޓަކައި އެނައު ފޫވައްޓާލެއްވީތޯއެވެ؟ ހަމަކަށަވަރުން ތިޔަކުރެއްވީ ބޮޑުވެގެންވާ منكراة އެކެވެ."

  185. 18:72

    قَالَ أَلَمْ أَقُلْ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًا

    Q̣aala ʹalam ʹaq̣ul ʹinnaka lañ tasṭateeʻa maʻiya ṣabraa?

    خَضِرُ عليه السّلام ވިދާޅުވިއެވެ. "ކަލޭގެފާނަށް އަހުރެންނާއެކު ކެތްތެރިވެވަޑައިގެން ނުހުންނެވޭނެ ވާހަކަ އަހުރެން ނުދަންނަވަންތޯއެވެ." (އެބަހީ: ދެންނެވީމެވެ.)

  186. 18:73

    قَالَ لَا تُؤَاخِذْنِى بِمَا نَسِيتُ وَلَا تُرْهِقْنِى مِنْ أَمْرِى عُسْرًا

    Q̣aala laa- tuʹaakhiẓnee bimaa naseetu wa-laa turhiq̣nee min ʹamree ʻusraa.

    موسى عليه السّلام ވިދާޅުވިއެވެ. "އަހުރެންނަށް ހަނދާންނެތުނުކަމަކާ މެދު ކަލޭގެފާނު އަހުރެން ކުށެއްކުރިކަމުގައި ނުބައްލަވާށެވެ. އަދި އަހުރެންގެ ކަންތަކުގައި އަހުރެންނަށް ކަލޭގެފާނު ދަތި އުނދަގޫ ނުޖައްސަވާށެވެ."

  187. 18:74

    فَٱنطَلَقَا حَتَّىٰٓ إِذَا لَقِيَا غُلَـٰمًا فَقَتَلَهُۥ قَالَ أَقَتَلْتَ نَفْسًا زَكِيَّةًۢ بِغَيْرِ نَفْسٍ لَّقَدْ جِئْتَ شَيْـًٔا نُّكْرًا

    Fañṭalaq̣aa: ḥattaaa ʹiẓaa laq̣iyaa g̣ulaamañ faq̣atalahoo q̣aala ʹaq̣atalta nafsañ zakiyyatam big̣ayri nafs? Laq̣ad jiʹta shayʹan nukraa!

    ދެންފަހެ އޭގެދެބޭކަލުން އެވަޑައިގަންނަވާމަގުން ވަޑައިގެންފިއެވެ. އެއީ އެދެބޭކަލުން ކުޑަކުއްޖަކާ ބައްދަލުވެވަޑައިގެންފުމަށްދާންދެންނެވެ. ދެންފަހެ خَضِرُ عليه السّلام އެކުއްޖާ މަރުއްވާލައްވައިފިއެވެ. موسى عليه السّلام ވިދާޅުވިއެވެ. "އެއްވެސްމީހެއްގެ މަރުގެ ބަދަލަކާ ނުލައި ހަމަ طاهر نفس އެއް ކަލޭގެފާނު ތިޔަ މަރުއްވާލެއްވީތޯއެވެ؟ ހަމަކަށަވަރުން ތިޔަކުރެއްވީ ވަރަށްވެސް ބޮޑުވެގެންވާ منكراة އެކެވެ."