Back to Quran

ސޫރަތްތައް 37

As-Saffat

Those who set the Ranks · Makki · 182 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    وَٱلصَّـٰٓفَّـٰتِ صَفًّا

    Waṣṣaaaffaati ṣaffaa.

    ދުނިޔޭގެ خلق ތަކުން ނަމާދަށް ސަފުހަދާލާފަދައަކުން އުޑުގައި ސަފުހައްދަވާ މަލާއިކަތްބޭކަލުން ނުވަތަ ﷲ ގެ أمر ފުޅުގެ إنتظار ގައި ފިޔަފުޅުތައް ފަތުރުއްވާ މަލާއިކަތްބޭކަލުން ގަންދެއްވައި ﷲ ހުވައި وحي ކުރައްވައެވެ. (މި ދެތަރުޖަމާވެސްވެއެވެ.)

  2. 2

    فَٱلزَّٰجِرَٰتِ زَجْرًا

    Fazzaajiraati zajraa.

    ފަހެ އެކިއެކި ފަރާތަފަރާތަށް ވިލާތައް ބަދަލުކުރައްވާ މަލާއިކަތް ބޭކަލުން ގަންދެއްވައި ކަނޑައެޅިގެން ﷲ ހުވައި وحي ކުރައްވައެވެ.

  3. 3

    فَٱلتَّـٰلِيَـٰتِ ذِكْرًا

    Fattaaliyaati Ẓikraa.

    ފަހެ قرآن ކިޔަވާ ވިދާޅުވާ މަލާއިކަތްބޭކަލުން ގަންދެއްވައި ﷲ ހުވައި وحي ކުރައްވައެވެ.

  4. 4

    إِنَّ إِلَـٰهَكُمْ لَوَٰحِدٌ

    ʹInna ʹIlaahakum la-Waaḥid!―

    ހަމަކަށަވަރުން ކަލޭމެންގެ إله އަކީ معبود އަކީ ހަމަ އެންމެ إله އެކެވެ. (އެކަލާނގެއަށް شريك އަކު ނުވެއެވެ.)

  5. 5

    رَّبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا وَرَبُّ ٱلْمَشَـٰرِقِ

    Rabbus samaawaati wal-ʹarḍi wa-maa baynahumaa wa-Rabbul mashaariq̣!

    އެއީ އުޑުތަކާއި ބިން ހައްދަވައި އެތަކެތިބަލަހައްޓަވާ އެތަކެތީގެ ވެރި رب އެވެ. (ޝައްކެއްވެސް ނެތްގޮތުގައި މިބޮޑެތި مخلوق ތައް މިހާ ފުރިހަމަ ގޮތަކަށް ފުރިހަމަ نظام އެއްގެ މަތީ ހައްދަވާފައިވާ ވުން دليل ކޮށްދެނީ އެތަކެއްޗަށް ކުޅާދުންވަންތަ އެއްކައުވަންތަ رب އެއްވާކަމެވެ. އެއީ ހުރިހާ ތަކެތީގެ خالق އެވެ. އެއީ ﷲ އެވެ.)

  6. 6

    إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ

    ʹInnaa zayyannas samaaa ʹad-dunyaa bizeenatinil kawaakib,―

    ހަމަކަށަވަރުން ތަރިތަކުގެ زينة ތެރިކަމުން ދުނިޔެއާއި އެންމެ ގާތުގައިވާ ދުނިޔޭގެއުޑު ތިމަންރަސްކަލާނގެ ޒީނަތްތެރިކުރެއްވީމެވެ.

  7. 7

    وَحِفْظًا مِّن كُلِّ شَيْطَـٰنٍ مَّارِدٍ

    Wa-ḥifz̤̣am miñ kulli Shayṭaanim maarid,

    އަދި އެތަރިތައް ލެއްވި (އަނެއްކަމަކަށް) އުޑު ރައްކާތެރިކުރެއްވުންވެއެވެ. ތިމަންރަސްކަލާނގެ އެއުޑު ރައްކާތެރިކުރެއްވީމެވެ. އެއީ ނުކިޔަމަންތެރި ކޮންމެ شيطان އަކާއި ދިމާލަށް އެތަރިއެއް އެއްލައި އެސޮރު ފަހައިލެއްވުމަށެވެ. ނުވަތަ އެއިން ޖެހި އެސޮރު މަރައިލެއްވުމަށެވެ.

  8. 8

    لَّا يَسَّمَّعُونَ إِلَى ٱلْمَلَإِ ٱلْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ

    Laa- yassammaʻoona ʹilal Malaʹil ʹAʻlaa wa-yuq̣ẓafoona miñ kulli jaanib,

    އެ شيطان ތަކަކަށް އުޑުގެ أهل ވެރިންގެ އަޑު ނުއެހެއެވެ. އަޑުއެހުމަށްދާ ކޮންމެ شيطان އަކާ ދިމާލަށް ހުރިހާ ފަރާތަކުން ގިނިހިލަ އުކެއެވެ.

  9. 9

    دُحُورًا ۖ وَلَهُمْ عَذَابٌ وَاصِبٌ

    Duḥoorañw Walahum ʻaẓaabuñw waaṣib,

    އެއީ އެސޮރުމެން ބިރުގަންނަވައި އެސޮރުމެން ދުރުކުރުމަށެވެ. އަދި آخرة ގައި އެމީހުންނަށް ހުރީ ދާއިމީ عذاب އެކެވެ.

  10. 10

    إِلَّا مَنْ خَطِفَ ٱلْخَطْفَةَ فَأَتْبَعَهُۥ شِهَابٌ ثَاقِبٌ

    ʹIllaa man khaṭifal khaṭfata faʹatbaʻahoo shihaabuñ s̤aaq̣ib.

    (މަލާއިކަތްބޭކަލުންގެ އަޑު ދަށުން) ބަސްޖަހައިގަންނަ شيطان ބައެއްފަހަރަށް ބަސްޖަހައިގަނެއެވެ. އެޔާވިދިގެން އެސޮރާދިމާއަށް ލޯވަޅުތޮރުފައިލާ ކަހަލަ އަލިކުރާ ތަރިއެއް ފޮނުވައިލައެވެ. (ބައެއްފަހަރު އެތަރިންޖެހި އެސޮރު ހަލާކުވެއެވެ. އަނެއްބައިފަހަރު ހިލައައުމުގެ ކުރިން އެސޮރު ބަޗައިގަނެއެވެ.)

  11. 11

    فَٱسْتَفْتِهِمْ أَهُمْ أَشَدُّ خَلْقًا أَم مَّنْ خَلَقْنَآ ۚ إِنَّا خَلَقْنَـٰهُم مِّن طِينٍ لَّازِبٍۭ

    Fastaftihim ʹahum ʹashaddu khalq̣an ʹam man khalaq̣naa? ʹInnaa khalaq̣naahum miñ ṭeenil laazib!

    (އޭ رسول الله އެވެ!) ކަލޭގެފާނު ނިކަން އެބައިމީހުން ކުރެން فتوى އައްސަވައިބައްލަވާށެވެ! ތިމަންރަސްކަލާނގެ ހެއްދެވި އުޑުތަކާއި ބިމާއި މަލާއިކަތްބޭކަލުންނާއި މިފަދަ މިފަދަ خلق ތަކުންތޯ ހެއްދެވުން އުދަގޫ ވެފައިގަދައީ ނުވަތަ އެމީހުންގެ نفس ތައްތޯ ނިކަން އެމީހުންކުރެން އައްސަވައި ބައްލަވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުން ހައްދަވާފައިވާނީ އަތްލީމާ އަތުގައި ތަތްލާކަހަލަ ތަތްމަށިންނެވެ.

  12. 12

    بَلْ عَجِبْتَ وَيَسْخَرُونَ

    Bal ʹajibta wa-yaskharoon,

    (އޭ ﷲ ގެ رسول އާއެވެ!) ކަލޭގެފާނު ﷲ ގެ قدرة ތެރިކަމާއިމެދު عجائب ވެވަޑައިގަންނަވަނީއެވެ. އަދި قيامة އަށް އިންކާރުކުރާ މީހުން ހީހީފައި މަލާމަތް ކުރަނީއެވެ. (މިހުރީ ދެފަރާތުގެ ތަފާތެވެ.)

  13. 13

    وَإِذَا ذُكِّرُوا۟ لَا يَذْكُرُونَ

    Wa-ʹiẓaa ẓukkiroo laa- yaẓkuroon,―

    އަދި އެމީހުންނަށް وعظ އާއި نصيحة ދެވިއްޖެއްޔާވެސް އެމީހުން وعظ އާއި نصيحة ލިބި ނުގަނެއެވެ.

  14. 14

    وَإِذَا رَأَوْا۟ ءَايَةً يَسْتَسْخِرُونَ

    Wa-ʹiẓaa raʹaw ʹaayatañ yastaskhiroon.

    އަދި رسول الله ﷺ ގެ معجزة ތަކުގެ ތެރެއިން معجزة އެއް އެމީހުންނަށް ފެނިއްޖެއްޔާވެސް އެމީހުން މަލާމަތްކޮށް ފުރައްސާރަކުރަނީއެވެ.

  15. 15

    وَقَالُوٓا۟ إِنْ هَـٰذَآ إِلَّا سِحْرٌ مُّبِينٌ

    Wa-q̣aalooo ʹin haaẓaaa ʹillaa siḥrum mubeen!

    އަދި އެމީހުން ބުނެއެވެ. މިއީ ރަނގަޅަށް بيان ވެފައުޅުވެގެންވާ سحر އެއްކަމުގައި މެނުވީ ނުވެއެވެ.

  16. 16

    أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَـٰمًا أَءِنَّا لَمَبْعُوثُونَ

    ʹA-ʹiẓaa mitnaa wa-kunnaa turabañw waʻiz̤̣aaman ʹa-ʹinnaa lamabʻoos̤oon.

    އަދި އެމީހުން- يعني قيامة قبول ނުކުރާ މީހުން- ބުނެއެވެ. "އަހުރެމެން މަރުވެ ވެއްޔައްވެ ކަށިތައްވެސް ފީވެ ދިއުމަށްފަހު އަލުން ދިރިގެން އަހުރެމެން ފޮނުވޭނެ ހެއްޔެވެ؟

  17. 17

    أَوَءَابَآؤُنَا ٱلْأَوَّلُونَ

    ʹA-waʹaabaaaʹunal ʹawwaloon?

    "އަދި އަހުރެމެންގެ އިސްވެދިޔަ ކާބަފައިންވެސް ހަމަފޮނުވޭނެހެއްޔެވެ؟ (ތިޔައީ ވާނޭ ކަމެއްނޫނެވެ.) "

  18. 18

    قُلْ نَعَمْ وَأَنتُمْ دَٰخِرُونَ

    Q̣ul naʻam wa-ʹañtum daakhiroon.

    ކަލޭގެފާނު ވިދާޅުވާށެވެ. އާއެކެވެ. ފޮނުވޭނެއެވެ. އަދި ކަލޭމެން ފޮނުވޭނީ ދެރަކުރެވި ނިކަމެތި ކުރެވިގެންވާ حال ގައެވެ.

  19. 19

    فَإِنَّمَا هِىَ زَجْرَةٌ وَٰحِدَةٌ فَإِذَا هُمْ يَنظُرُونَ

    Faʹinnamaa hiya zajratuñw waaḥidatuñ faʹiẓaa hum yañz̤̣uroon!

    އެކަން ވާކަންކަށަވަރީ- އެބަހީ ދިރިގެން محشر އަށް ފޮނުއްވޭނެކަން ކަށަވަރީ- ހަމަ އެންމެ އަޑު ފަށަކުންނެވެ. (އެއީ إسرافيل ގެފާނު ތާޅަފިލި ފުންމަވައި ލެއްވުމުންނެވެ.) އެހައިރުން އެންމެން ކަށްވަޅުތަކުން ތެދުވެބަލަބަލާ ތިބޭނެއެވެ.

  20. 20

    وَقَالُوا۟ يَـٰوَيْلَنَا هَـٰذَا يَوْمُ ٱلدِّينِ

    Wa-q̣aaloo yaa-waylanaa haaẓaa Yawmud deen!

    އަދި އެމީހުން يعني قيامة قبول ނުކުރާ މީހުން- ބުނާނެއެވެ. އޭއަހުރެމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. މިއީ عمل ތަކަށް ޖަޒާ ދެއްވާނޭ ދުވަހެވެ. (މަލާއިކަތް ބޭކަލުން ވިދާޅުވާނެއެވެ.)

  21. 21

    هَـٰذَا يَوْمُ ٱلْفَصْلِ ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ

    Haaẓaa Yawmul Faṣlil laẓee kuñtum̃ bihee tukaẓẓiboon!

    "އާއެކެވެ. މިއީ ޙުކުމްކުރެވި ނިޔާ ކުރެވޭނެ ދުވަހެވެ. މިއީ عمل ތަކަށް ޖަޒާ ދެއްވާ ދުވަހެވެ. އަދި މިއަދަކީ (ދުނިޔޭގައި ކަލޭމެން ތިބިއިރު) އެދުވަސް ދޮގުކުރާ ކަމުގައި ވީދުވަހެވެ."

  22. 22

    ۞ ٱحْشُرُوا۟ ٱلَّذِينَ ظَلَمُوا۟ وَأَزْوَٰجَهُمْ وَمَا كَانُوا۟ يَعْبُدُونَ

    ʹUḥshurul laẓeena z̤̣alamoo wa-ʹazwaajahum wa-maa kaanoo yaʻbudoon.

    (ﷲ تَعَالى މަލާއިކަތް ބޭކަލުންނަށް އަންގަވާނެއެވެ.) ތިޔަބޭކަލުން އަނިޔާވެރިވި މީހުން ހިފަހައްޓަވައި އެއްކުރައްވާށެވެ. އަދި شَيْطَان ންގެ ތެރެއިންވެސް އެބާވަތުގެ މީހުން އެއްކުރައްވާށެވެ. އަދި އެޔާއެކު އެމީހުން އަޅުކަންކުރި ތަކެތިވެސް (އެމީހުންނާއެކު) އެއްކުރައްވާށެވެ.

  23. 23

    مِن دُونِ ٱللَّهِ فَٱهْدُوهُمْ إِلَىٰ صِرَٰطِ ٱلْجَحِيمِ

    Miñ doonil laahi fahdoohum ʹilaa Ṣiraaṭil Jaḥeem!

    އެއީ ﷲ ފިޔަވައި އެމީހުން އަޅުކަންކުރި ތަކެއްޗެވެ. އަދި އެބައިމީހުންނަށް ނަރަކައިގެ މަގަށް މަގުދައްކާނެއެވެ.

  24. 24

    وَقِفُوهُمْ ۖ إِنَّهُم مَّسْـُٔولُونَ

    Waq̣ifoohum ʹinnahum masʹooloon:

    އަދި އެމީހުން ހުއްޓުވާށެވެ. އެމީހުންނަކީ ސުވާލު ވެވޭނެ ބަޔެކެވެ. އެމީހުން ނަރަކައަށް ގެންދާނީ ހިސާބު ބެއްލެވުމަށް ފަހުގައެވެ.

  25. 25

    مَا لَكُمْ لَا تَنَاصَرُونَ

    Maa- lakum laa- tanaaṣaroon?

    (އަދި އެމީހުންނަށް ބުނެވޭނެއެވެ.) ކަލޭމެން ދުނިޔޭގައި އެކަކު އަނެކަކަށް ނަޞްރުދިން ފަދައިން މިއަދު އެކަކު އަނެކަކަށް ނަޞްރުނުދެނީ ކީއްވެގެންހެއްޔެވެ؟

  26. 26

    بَلْ هُمُ ٱلْيَوْمَ مُسْتَسْلِمُونَ

    Bal humul yawma mustaslimoon;

    އަދި ކިޔެއް ހެއްޔެވެ؟ މިއަދު އެމީހުން އެވަނީ ދެރަވެ ކިޔަމަން ކުރެވިގެންނެވެ.

  27. 27

    وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ

    Wa-ʹaq̣bala baʻḍuhum ʻalaa baʻḍiñy yatasaaaʹaloon.

    އަދި އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތި ލައިގެން ތިބެ (ރުޅިއައިސްގެން އަރައިރުން ވުމުގެ) ސުވާލުތައްކުރާނެއެވެ.

  28. 28

    قَالُوٓا۟ إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ ٱلْيَمِينِ

    Q̣aalooo ʹinnakum kuñtum taʹtoonanaa ʻanil yameen!

    އެމީހުން ބުނާނެއެވެ. އެބަހީ ތަބަޢަވީ މީހުން ތަބަޢަ ވެވުނު މީހުންނަށް ބުނާނެއެވެ. ހަމަކަށަވަރުން ކަލޭމެން އަހުރެމެންނަށް ޙައްޤު ފިޔަވައި ވަސްވާސްތައް ދިނީއެވެ.

  29. 29

    قَالُوا۟ بَل لَّمْ تَكُونُوا۟ مُؤْمِنِينَ

    Q̣aaloo bal lam takoonoo Muʹmineen!

    އަނެއްބައި މީހުން ބުންޏެވެ. (އެބަހީ ތަބަޢަވެވުނު ބޮޑެތި މީހުން ތަބަޢަވީ މީހުންނާ ދިމާއަށް ބުނާނެއެވެ.) އެހެން ވީއެއްނޫނެވެ. ކަލޭމެން ހަމަ މުއުމިނުން ކަމުގައި ނުވަނީ އެވެ. ކަލޭމެންގެ ހިތްތައްވީ ކާފަރުކަމަށް ލެނބިގެންނެވެ.

  30. 30

    وَمَا كَانَ لَنَا عَلَيْكُم مِّن سُلْطَـٰنٍۭ ۖ بَلْ كُنتُمْ قَوْمًا طَـٰغِينَ

    Wa-maa kaana lanaa ʻalaykum miñ sulṭaan. Bal kuñtum q̣awmañ ṭaag̣een!

    (އަދި مجرم ންގެ މީހުންގެ ތެރެއިން تبع ވެވުނު ބޮޑެތި މީހުން ދެރަމީހުންނާ ދިމާއަށް ބުނެއެވެ.) ކަލޭމެންގެ މައްޗަކަށް އަހުރެމެންނަކަށް އެއްވެސް ބާރެއްލިބިގެންނުވެއެވެ. އަދި ކިޔެއްހެއްޔެވެ؟ އެހެންނަކުން ނޫނެވެ. ކަލޭމެންނަކީ ހަމަ (ކާފަރުކަމާއި މަގުފުރެދުމުގައި) ހައްދުފަހަނަޅާފައިވާ ބައެކެވެ. ނުކިޔަމަންތެރި ބައެކެވެ.

  31. 31

    فَحَقَّ عَلَيْنَا قَوْلُ رَبِّنَآ ۖ إِنَّا لَذَآئِقُونَ

    Faḥaq̣q̣a ʻalaynaa Q̣awlu Rabbinaaa ʹinnaa laẓaaaʹiq̣oon.

    "އަހުރެމެން ދެބައި މީހުންގެ މައްޗަށްވެސް އަހުރެމެންގެ ربّ ގެ (عذاب ގެ) ބަސްފުޅު حق ވީއެވެ. ހަމަކަވަރުން އަހުރެމެންނަކީ އޭގެ ރަހަ ލިބޭނެ ބައެކެވެ."

  32. 32

    فَأَغْوَيْنَـٰكُمْ إِنَّا كُنَّا غَـٰوِينَ

    Faʹag̣waynaakum ʹinnaa kunnaa g̣aaween.

    "ފަހެ އަހުރެމެން ކަލޭމެން މަގުފުރެއްދީމެވެ. (އެބަހީ އަހުރެމެން ތިބިގޮތަށް ކަލޭމެންނަށްވެސް ގޮވީމެވެ. ދެން ކަލޭމެންވެސް އަހުރެމެންނާ އެއްގޮތަށް ހެދީއެވެ.) އަހުރެމެންނީ މަގުފުރައްދާ މީހުންނެވެ."

  33. 33

    فَإِنَّهُمْ يَوْمَئِذٍ فِى ٱلْعَذَابِ مُشْتَرِكُونَ

    Faʹinnahum Yawmaʹiẓiñ fil ʻAẓaabi mushtarikoon.

    ފަހެ ހަމަކަށަވަރުން އެމީހުން އެދުވަހުން عذاب ގައި ބައިވެރިވާނެއެވެ. (އެބަހީ تبع ވީ މީހުންނާއި އަދި تبع ވެވުނު ބޮޑެތި މީހުންނާއި عذاب ގައި ބައިވެރިވާނެއެވެ.

  34. 34

    إِنَّا كَذَٰلِكَ نَفْعَلُ بِٱلْمُجْرِمِينَ

    ʹInnaa kaẓaalika nafʻalu bil-mujrimeen.

    އަދި ހަމަކަށަވަރުން مجرم ންނާއިމެދު އެބަހީ ކުށްވެރިންނާއި މެދު ތިމަންރަސްކަލާނގެ ކަންތައްކުރައްވަނީ އެފަދައިންނެވެ. (އެބަހީ ކޮންމެ ވައްތަރެއްގެ ކުށުގެ ވެރިން އެބާވަތުގެ ކުށުގެ ވެރިންނާއި އެކުގައެވެ. ޒިނޭކުރި މީހުން ޒިނޭކުރި މީހުންނާއި އެކުގައެވެ. މީހުންމެރި މީހުން އެފަދަ މީހުންނާއިއެކުގައެވެ. ދެން އެގޮތަށެވެ....

  35. 35

    إِنَّهُمْ كَانُوٓا۟ إِذَا قِيلَ لَهُمْ لَآ إِلَـٰهَ إِلَّا ٱللَّهُ يَسْتَكْبِرُونَ

    ʹInnahum kaanooo ʹiẓaa q̣eela lahum ˹Laaa ʹilaaha ʹillal laahu˺ yastakbiroon,

    ހަމަކަށަވަރުން އެމީހުންވީ لاَ إلَهَ إلاَّ الله ކިޔާށޭ އެމީހުންނަށް ބުނެވިއްޖެއްޔާ އެމީހުން ބޮޑާވެ އެބަސްފުޅު ނުކިޔައި އެއިން މޫނު އަނބުރައިލާ މީހުންކަމުގައެވެ.

  36. 36

    وَيَقُولُونَ أَئِنَّا لَتَارِكُوٓا۟ ءَالِهَتِنَا لِشَاعِرٍ مَّجْنُونٍۭ

    Wa-yaq̣ooloona ʹaʹinnaa lataarikooo ʹaalihatinaa lishaaʻirim majnoon?

    އަދި އެމީހުން ބުނެއެވެ. "މޮޔަވެފައިވާ ޅެންވެރިއެއްގެ ބަހަށް (رسول الله ﷺ ގެ ބަހަށް) އަހަރެމެންގެ إله ންތައް އަހަރެމެން ހަމަ ދޫކޮށްލަންވީ ހެއްޔެވެ؟ އެހެން ދޫނުކޮށްލެވޭނެއެވެ."

  37. 37

    بَلْ جَآءَ بِٱلْحَقِّ وَصَدَّقَ ٱلْمُرْسَلِينَ

    Bal jaaaʹa bil-Ḥaq̣q̣i wa-ṣaddaq̣al mursaleen.

    އަދި ކިޔެއް ހެއްޔެވެ؟ އެއްގޮތަކަށްވެސް އެހެންނަކުން ނޫނެވެ. އެކަލޭގެފާނު ވަޑައިގެންނެވީ حق ކަމުގައިވާ ކީރިތި قرآن އާއިގެންނެވެ. އަދި އެއީ އެކަލޭގެފާނުންގެ ކުރީގެ رسول ބޭކަލުންވެސް ވިދާޅުވި حق ތެދު ބަހެވެ. އެބަހީ އެބޭކަލުންވެސް ވިދާޅުވީ ﷲ ގެ އެއްކައުވަންތަކަމުގެ ވާހަކައާއި قيامة ވާނެކަމާއި ނުކިޔަމަންތެރިންނަށް عذاب ހުރި ވާހަކައާއި މިބާވަތުގެ ވާހަކައެވެ. އެކަލޭގެފާނުވެސް ހަމަ އެއްވާހަކައެވެ.

  38. 38

    إِنَّكُمْ لَذَآئِقُوا۟ ٱلْعَذَابِ ٱلْأَلِيمِ

    ʹInnakum laẓaaaʹiq̣ul ʻAẓaabil ʹAleem;

    އަދި ހަމަކަށަވަރުން ކަލޭމެންނަކީ ވޭންދެނިވި عذاب ގެ ރަހަ ލިބިގަންނާނޭ ބަޔެކެވެ. (މިއީ مجرم ން ނަރަކައަށް ވައްދަން ގެންދެވޭއިރު އެމީހުންނަށް އިއްވޭ އިއްވުމެކެވެ.)

  39. 39

    وَمَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ

    Wa-maa tujzawna ʹillaa maa- kuñtum taʻmaloon;

    އަދި ކަލޭމެން ދުނިޔޭގައި ކުރި ކަމަކަށްމެނުވީ ކަލޭމެންނަށް جزاء ނުލިބޭނެއެވެ.

  40. 40

    إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ

    ʹIllaa ʻibaadal laahil mukhlaṣeen.

    އެކަމަކު ﷲ ގެ إخلاص ތެރި އަޅުން މެނުވީއެވެ. އެމީހުންނަކަށް عذاب ގެ ރަހައެއްނުލިބޭނެއެވެ.

  41. 41

    أُو۟لَـٰٓئِكَ لَهُمْ رِزْقٌ مَّعْلُومٌ

    ʹUlaaaʹika lahum Rizq̣um maʻloom,

    އެބައި މީހުންނަށް - އެބަހީ ﷲ ގެ އިޚްލާސްތެރި އަޅުންނަށް - ކަނޑައެޅިގެންވާ ރިޒުޤުވެއެވެ. ސުވަރުގޭގައެވެ. (ރަހައިގެ ރަނގަޅުކަމާއި ކެނޑިދިއުމެއް ނެތްކަމާއި ބޭނުން ވަގުތަކު ލިބޭ ކަމާއި މިހުރިހާ ކަމެއް އެނގި ބާޔާންވެގެންވާ ރިޒުޤެވެ.)

  42. 42

    فَوَٰكِهُ ۖ وَهُم مُّكْرَمُونَ

    Fawaakihu wa-hum mukramoon,

    އެއީ މޭވާގެ ބާވަތްތަކެވެ. (ދުލުން ބުނަން ނޭނގޭ ހިތްތަކަށް ތަޞައްވަރު ނުކުރެވޭހާ މީރު މޭވާތަކެވެ.) އަދި އެމީހުން ސުވަރުގޭގައި ވަނީ މާތްކުރެވިގެންނެވެ. (ﷲ އާއި ބައްދަލުވުމުގެ މާތްކަމެވެ. އެކަލާނގެ ބަސްފުޅު އެހުމުގެ މާތްކަމެވެ. އެކަލާނގެ ރުއްސެވުމުގެ މާތްކަމުގައެވެ. ސުވަރުގޭގެ ގިނަ ނިޢުމަތުގެ މާތްކަމުގައެވެ.)

  43. 43

    فِى جَنَّـٰتِ ٱلنَّعِيمِ

    Fee Jannaatin Naʻeem,

    އެމީހުން ތިބޭނީނިޢުމަތްތަކުގެ ވެރި ސުވަރުގެ ތަކުގައެވެ.

  44. 44

    عَلَىٰ سُرُرٍ مُّتَقَـٰبِلِينَ

    ʻAlaa sururim mutaq̣aabileen:

    އެއްބަޔަކު އަނެއްބަޔަކަށް ކުރިމަތިވާގޮތަށް އެނދުދާންކޮޅު ތަކުގައެވެ.

  45. 45

    يُطَافُ عَلَيْهِم بِكَأْسٍ مِّن مَّعِينٍۭ

    Yuṭaafu ʻalayhim̃ bikaʹsim mim maʻeen,

    އެމީހުން އެނިޢުމަތުގައި ތިބޭއިރު ރަހަ މީރު ރާތަށިތަށް އެމީހުންގެ ކައިރީގައި ދައުރުކުރެވޭނެއެވެ.

  46. 46

    بَيْضَآءَ لَذَّةٍ لِّلشَّـٰرِبِينَ

    Bayḍaaaʹa laẓẓatillish shaaribeen,

    އެ ރާ ސާފުވެ ހުދުވެގެންވެއެވެ. (ސާފު ރިހި ފަދައެވެ.) ބޯމީހުންނަށް ރަހަމީރު ލައްޒަތު ހުރި ރަލެކެވެ.

  47. 47

    لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ

    Laa- feehaa g̣awluñw walaa hum ʻanhaa yuñzafoon.

    އޭގެ ސަބަބުން ބަނޑުގައި ރިހުމެއް ބޮލުގައި ރިހުމެއް ނުވެއެވެ. އަދި (ދުނިޔޭގެ ރާބުއިމާވާގޮތަށް) އެރާބުއިމުން އެމީހުން މަސްތުނުވާނެއެވެ.

  48. 48

    وَعِندَهُمْ قَـٰصِرَٰتُ ٱلطَّرْفِ عِينٌ

    Wa-ʻiñdahum q̣aaṣiraatuṭ ṭarfi ʻeen,

    އަދި އެމީހުންނަށް މާތްވެގެންވާ حُوْرُ العِينُ އަންހެން ކުދިންވެއެވެ. އެކަނބަލުންގެ ލޯތަށް ހުއްޓިގެންވާނީ ހަމައެކަނި އެކަނބަލުންގެ ފިރިންނާ ދިމާއަށެވެ. އެކަނބަލުންގެ ލޯތައް ތަނަވަސްވެ ރީތި ވެގެންވެއެވެ.

  49. 49

    كَأَنَّهُنَّ بَيْضٌ مَّكْنُونٌ

    Kaʹannahunna bayḍum maknoon.

    އެކަނބަލުންގެ ރީތިކަން ކޮންފަދަ ހެއްޔެވެ؟ ރީތިކޮށް ރައްކާކުރެވިގެންވާ (نعام ދޫނީގެ) ބިހެއް ފަދައެވެ. (މިމިސާލަކީ އަންހެނުންގެ ދޮންކަމާއި ސާފުކަމާއި ލޫޅާފަތިކަމާއި ޗާލުކަމާއި އަދި ރީތިކަން ސިފަކުރުމަށް عرب ން ޖަހައި އުޅޭ މިސާލެކެވެ.)

  50. 50

    فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ

    Faʹaq̣bala baʻḍuhum ʻalaa baʻḍiñy yatasaaaʹaloon.

    އަދި އޭގެ އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތިލައިގެން ތިބެ (ދުނިޔޭގެ އެކި އެކި حال ތަކާއި މެދު) ސުވާލުކުރާނެއެވެ. މަޖާ ނަގާ ހަދާނެއެވެ.

  51. 51

    قَالَ قَآئِلٌ مِّنْهُمْ إِنِّى كَانَ لِى قَرِينٌ

    Q̣aala q̣aaaʹilum minhum ʹinnee kaana lee q̣areen,

    އަދި އޭގެތެރެއިން ބުނާ މީހަކު ބުނާނެއެވެ. ހަމަކަށަވަރުން (قيامة قبول ނުކުރާ ކާފަރު) رحمة ތެރިއަކު އަހުރެންނަށް ދުނިޔޭގައި ވިއެވެ.

  52. 52

    يَقُولُ أَءِنَّكَ لَمِنَ ٱلْمُصَدِّقِينَ

    Yaq̣oolu ʹa-ʹinnaka laminal muṣaddiq̣een?

    މަލާމާތުގެ ގޮތުން އޭނާ އަހުރެންނަށް ބުނެއެވެ. ކަލޭވެސް ތިޔައީ (قيامة) ތެދުކޮށް قبول ކުރާ މީހުން ކުރެ މީހަކު ހެއްޔެވެ؟

  53. 53

    أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَـٰمًا أَءِنَّا لَمَدِينُونَ

    ʹA-ʹiẓaa mitnaa wa-kunnaa turaabañw waʻiz̤̣aaman ʹa-ʹinnaa lamadeenoon?

    "އަހުރެމެން މަރުވެ މަސްތައް ފީވެގޮސް ކަށްޓައްވެ ކަށި ފީވެ ވެއްޔަށްވުމަށް ފަހު (އަލުން ދިރުވިގެން) عمل ތަކަށް ހިސާބު ބައްލަވާ ޖަޒާދެއްވާނެހެއްޔެވެ؟" (އެއީ ވާނެ ކަމެއްނޫނެވެ.)

  54. 54

    قَالَ هَلْ أَنتُم مُّطَّلِعُونَ

    Q̣aala hal ʹañtum muṭṭaliʻoon?

    އަދި އޭނާގެ جليس ންނަށް އެ مؤمن މީހާ ބުނާނެއެވެ. "ކަލޭމެން އަހުރެންނާއެކު އޭނާ ކޮބައިތޯ ނަރަކަ ބަލައިލަން އައިސް ބަލާށެވެ. އައިސްފާނުހެއްޔެވެ؟"

  55. 55

    فَٱطَّلَعَ فَرَءَاهُ فِى سَوَآءِ ٱلْجَحِيمِ

    Faṭṭalaʻa faraʹaahu fee sawaaaʹil Jaḥeem.

    ދެންފަހެ އެމީހުން ގޮސް ނަރަކަ ބަލާއިރު އޭނާ ފެންނާނީ ނަރަކައިގެ މެދުގައި ވަނިކޮށެވެ.

  56. 56

    قَالَ تَٱللَّهِ إِن كِدتَّ لَتُرْدِينِ

    Q̣aala tallaahi ʹiñ kitta laturdeen!

    ދެން އެ مؤمن މީހާ ކާފަރުމީހާއާއި ދިމާލަށް ބުނާނެއެވެ. "ﷲ ގަންދީ ބުނަމެވެ. ކަލޭ އަހުރެންނަށް ވަސްވާސްދީ އަހަރެންވެސް ތިޔަ ނަރަކައަށް ވައްޓައިލުމަށް ގާތްވެގެންވިއެވެ.

  57. 57

    وَلَوْلَا نِعْمَةُ رَبِّى لَكُنتُ مِنَ ٱلْمُحْضَرِينَ

    Wa-lawlaa Niʻmatu Rabbee lakuñtu minal muḥḍareen!

    އަހުރެންގެ رب ގެ نعمة އަހުރެންނަށް ނުވިނަމަ ހަމަކަށަވަރުން އަހުރެންވެސް ކަލޭއާއެކު ތިޔަ ނަރަކައަށް حاضر ވީ މީހުންގެ ތެރެއިން ވީހެވެ."

  58. 58

    أَفَمَا نَحْنُ بِمَيِّتِينَ

    ʹAfamaa naḥnu bimayyiteen,

    އެ مؤمن މީހާ (މަޖާވެގެން އޭނާގެ ސުވަރުގޭގެ އެކުވެރިންނަށް) ބުނާނެއެވެ. އަހުރެމެން ދެން ހަމަ މަރުނުވާނެހެއްޔެ؟

  59. 59

    إِلَّا مَوْتَتَنَا ٱلْأُولَىٰ وَمَا نَحْنُ بِمُعَذَّبِينَ

    ʹIllaa mawtatanal ʹoolaa wa-maa naḥnu bimuʻaẓẓabeen?

    އަހުރެމެން (ދުނިޔޭގެ حياة ގައި އުޅެނިކޮށް) އެވީ ފުރަތަމަ މަރު މެނުވީ ދެން މަރު ނުވާނެއެވެ. އަދި عذاب ދެއްވޭ މީހުންގެ ތެރެއިން އަހުރެމެން ނުވިއެވެ.

  60. 60

    إِنَّ هَـٰذَا لَهُوَ ٱلْفَوْزُ ٱلْعَظِيمُ

    ʹInna haaẓaa lahuwal fawzul ʻaz̤̣eem!

    ހަމަކަށަވަރުން މިއީ ބޮޑުވެގެންވާ ނަސީބެވެ.

  61. 61

    لِمِثْلِ هَـٰذَا فَلْيَعْمَلِ ٱلْعَـٰمِلُونَ

    Limis̤li haaẓaa falyaʻmalil ʻaamiloon.

    "މިފަދަ ނަސީބަށްޓަކައި عمل ކުރާ މީހުން عمل ކުރާ ހުށިކަމެވެ. ހެޔޮ عمل ކުރާ ހުށިކަމެވެ."

  62. 62

    أَذَٰلِكَ خَيْرٌ نُّزُلًا أَمْ شَجَرَةُ ٱلزَّقُّومِ

    ʹAẓaalika khayrun nuzulan ʹam Shajaratuz Zaq̣q̣oom?

    މެހުމާނުން ފައިބާތިބޭ ގޮތަށް ފައިބާތިބޭން ހެޔޮވެގެންވަނީ އިސްވެދިޔަފަދަ ސިފަހުރި ސުވަރުގެ ހެއްޔެވެ؟ ނުވަތަ ނުބައިވެގެންވާ زَقُّوم ގަސްހެއްޔެވެ؟

  63. 63

    إِنَّا جَعَلْنَـٰهَا فِتْنَةً لِّلظَّـٰلِمِينَ

    ʹInnaa jaʻalnaahaa fitnatal liz̤̣z̤̣aalimeen.

    ތިމަންރަސްކަލާނގެ އެގަސް ލެއްވީ އަނިޔާވެރިންނަށްވާ ފިތުނައެއްގެ ގޮތުގައެވެ. (އެބަހީ ނަރަކައިގާ ގަހެއް ނުހުންނަ ވާހަކަ އެންގެވީމާ ކާފަރުންގެ މީހުން ޤަބޫލުނުކުރިއެވެ. އެހެނީ އަލިފާނަކީ ގަސްއަންދާ އެއްޗެކެވެ. އެމީހުންބުނީ އަލިފާނުގައި ގަސްހުންނާނީ ކޮންފަދައަކުން ހެއްޔެވެ؟

  64. 64

    إِنَّهَا شَجَرَةٌ تَخْرُجُ فِىٓ أَصْلِ ٱلْجَحِيمِ

    ʹInnahaa shajaratuñ takhruju feee ʹaṣlil Jaḥeem:

    ހަމަކަށަވަރުން އެގަސްފަޅާފައިވަނީ ނަރަކައިގެ އެންމެ އަޑިންނެވެ. (އޭގެ ގޮފިތަށް ނަރަކައިގެ އެންމެހާ ތަނަކަށް ފެތިރުފައިވާނެއެވެ.)

  65. 65

    طَلْعُهَا كَأَنَّهُۥ رُءُوسُ ٱلشَّيَـٰطِينِ

    Ṭalʻuhaa kaʹannahoo ruʹoosush shayaaṭeen:

    އަދި އެއިން ނުކުންނަ މޭވާ ނުވަތަ މޭވާގެ ނަމުގައި ނުކުންނަ އެތި ކޮންފަދަ ހެއްޔެވެ؟ އެތަކެތި ހީވަނީ ސައިތާނުންގެ ބޯތަކެއް ހެންނެވެ. (އެހާވަސްނުބައިވެފައި ހަޑިވެފައި ހިތިވާނެއެވެ.)

  66. 66

    فَإِنَّهُمْ لَـَٔاكِلُونَ مِنْهَا فَمَالِـُٔونَ مِنْهَا ٱلْبُطُونَ

    Faʹinnahum laʹaakiloona minhaa famaaliʹoona minhal buṭoon.

    ފަހެ ހަމަކަށަވަރުން ނަރަކައިގެ އަހުލު ވެރިން އެގަހުން ނުވަތަ އެގަހުގެ މޭވާއިން ކާނެއެވެ. އެމީހުންގެ ބަނޑުތައް އެއިން ފުރާނެއެވެ.

  67. 67

    ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًا مِّنْ حَمِيمٍ

    S̤umma ʹinna lahum ʻalayhaa lashawbam min ḥameem.

    ފަހެ ހަމަކަށަވަރުން އެމީހުން އޭގެ މައްޗަށް ބުއިމެއް ބޯނެއެވެ. އެއީ ހޫނުކަން ގަދަވެގެންގޮސް ދެން އެހެން ދަރަޖައެއްނުވާ حَمِيم އެވެ ކިޔާ ފެނެކެވެ.

  68. 68

    ثُمَّ إِنَّ مَرْجِعَهُمْ لَإِلَى ٱلْجَحِيمِ

    S̤umma ʹinna marjiʻahum laʹilal Jaḥeem.

    ދެން އަލުންވެސް އެމީހުންގެ ތަނަކީ ހަމަ ނަރަކައެވެ.

  69. 69

    إِنَّهُمْ أَلْفَوْا۟ ءَابَآءَهُمْ ضَآلِّينَ

    ʹInnahum ʹalfaw ʹaabaaaʹahum ḍaaalleen;

    ހަމަކަށަވަރުން އެމީހުން (ދުނިޔޭގައި އުޅުނު އިރު) އެމީހުން ދުށީ އެމީހުންގެ މަގުފުރެދުނު އިސްވެ ދިޔަ ކާބަފައިންނެވެ.

  70. 70

    فَهُمْ عَلَىٰٓ ءَاثَـٰرِهِمْ يُهْرَعُونَ

    Fahum ʻalaaa ʹaas̤aarihim yuhraʻoon!

    ދެން މި މީހުންވެސް އެކާބަފައިންގެ އަސަރުގެ މަތީގައި އަވަސްވެ ގަތީއެވެ. ކާބަފައިން ހެދިގޮތަށް ހެދީއެވެ.

  71. 71

    وَلَقَدْ ضَلَّ قَبْلَهُمْ أَكْثَرُ ٱلْأَوَّلِينَ

    Wa-laq̣ad ḍalla q̣ablahum ʹaks̤arul ʹawwaleen;―

    އަދި ހަމަކަށަވަރުން މި މީހުންގެ ކުރިން (މައްކާގެ މުޝްރިކުންގެ ކުރިން) އެތަށްގިނަ ބަޔަކު މަގުފުރެދިގެންގޮސްފައި ވެއެވެ. (އެއީ އިސްވެދިޔަ އުއްމަތްތަކެވެ.)

  72. 72

    وَلَقَدْ أَرْسَلْنَا فِيهِم مُّنذِرِينَ

    Wa-laq̣ad ʹarsalnaa feehim muñẓireen;―

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ ތެރެއަށް އިންޒާރު ދެއްވާނޭ ރަސޫލު ބޭކަލަކު ފޮނުއްވީމެވެ.

  73. 73

    فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُنذَرِينَ

    Fañz̤̣ur kayfa kaana ʻAaq̣ibatul muñẓareen,―

    ދެންފަހެ އިންޒާރު ކުރެވުނު ޤައުމުތަކުގެ ފަހުކޮޅު އެމީހުންގެ ނިމުން ދިޔައީ ކިހިނަކުންތޯ ނިކަންބަލައިބަލާށެވެ. (ހަލާކުވެ ބަރުބާދު ވެގެން ދިޔައީއެވެ.)

  74. 74

    إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ

    ʹIllaa ʻibaadal laahil mukhlaṣeen.

    ހަމައެކަނި ސަލާމަތްވަނީ (އީމާންކަމާއި تَوْحِيد ގެ މަގަށް تَوْفِيق ދެއްވުނު) ﷲ ގެ އިޚްލާސްތެރި އަޅުންނެވެ. މާތް މުއުމިނުންނެވެ.

  75. 75

    وَلَقَدْ نَادَىٰنَا نُوحٌ فَلَنِعْمَ ٱلْمُجِيبُونَ

    Wa-laq̣ad naadaanaa Nooḥuñ falaniʻmal Mujeeboon,

    އަދި ހަމަކަށަވަރުން نوح عليه السلام ތިމަންރަސްކަލާނގެއަށް ދުޢާކުރައްވައި މުނާޖާ ދެންނެވިއެވެ. ފަހެ ތިމަންރަސްކަލާނގެއީ ޖަވާބު ދެއްވުމުގައި ހެޔޮވެގެންވާ ފަރާތެވެ.

  76. 76

    وَنَجَّيْنَـٰهُ وَأَهْلَهُۥ مِنَ ٱلْكَرْبِ ٱلْعَظِيمِ

    Wa-najjaynaahu wa-ʹahlahoo minal Karbil ʻAz̤̣eem,

    އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި އެކަލޭގެފާނުންގެ (ދީނީގޮތުން) އަހުލުވެރިން ބޮޑުވެގެންވާ ހިތާމައިން ސަލާމަތްކުރެއްވީމެވެ. އެއީ طُوْفَانُ ންނެވެ.

  77. 77

    وَجَعَلْنَا ذُرِّيَّتَهُۥ هُمُ ٱلْبَاقِينَ

    Wa-jaʻalnaa ẓurriyyatahoo humul baaq̣een.

    އަދި އެކަލޭގެފާނުންގެ ދަރިފަސްކޮޅު ޒަމާނަށް ދެމިއޮންނަ އެއްޗެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. * ދަންނައެވެ. نوح عليه السلام ގެ ތޫފާނުގައި އެންމެހައި ކާފަރުން ދުނިޔެއިން މަރުވެގެންދިޔައީއެވެ. ނާކޮޅުގައި ހަމައެކަނި ތިބީ މުއުމިނުންނެވެ. އެމީހުން ފަހުން ދަރިފަސްކޮޅުނެތި މަރުވެދިޔައީއެވެ. ހަމައެކަނި ދެމިއޮތީ نوح عليه السلام ގެ ދަރިކޮޅެވެ. وَالله أَعْلَم. = زبدة التفثير =

  78. 78

    وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ

    Wa-taraknaa ʻalayhi fil ʹaakhireen:

    އަދި އެކަލޭގެފާނަށްޓަކައި ފަހުން އަންނަ މީހުން ކިޔޭ ގޮތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ.

  79. 79

    سَلَـٰمٌ عَلَىٰ نُوحٍ فِى ٱلْعَـٰلَمِينَ

    Salaamun ʻalaa Nooḥiñ fil ʻaalameen!

    سَلاَمٌ عَلَى نُوحٍ (يعني نوح عليه السلام ގެ މައްޗަށް سلام ހުއްޓޭ) އެންމެންގެ ތެރޭގައި އަބަދުގެ އަބަދަށް އެހެން ކިޔޭ ގޮތް ލެއްވީމެވެ.

  80. 80

    إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

    ʹInnaa kaẓaalika najzil Muḥsineen.

    ހަމަކަށަވަރުން إحسان ތެރިންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.

  81. 81

    إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ

    ʹInnahoo min ʻibaadinal Muʹmineen.

    ހަމަކަށަވަރުން އެކަލޭގެފާނުވަނީ ތިމަންރަސްކަލާނގެ مؤمن އަޅުތަކުންގެ ތެރެއިންނެވެ.

  82. 82

    ثُمَّ أَغْرَقْنَا ٱلْـَٔاخَرِينَ

    S̤umma ʹag̣raq̣nal ʹaakhareen.

    ދެން (ނާކޮޅުގައި ތިބިމީހުން ފިޔަވައި) ބާކީ ތިބިއެންމެން ތިމަންރަސްކަލާނގެ غرق ކުރެއްވީމެވެ.

  83. 83

    ۞ وَإِنَّ مِن شِيعَتِهِۦ لَإِبْرَٰهِيمَ

    Wa-ʹinna miñ Sheeʻatihee laʹIbraaheem.

    އަދި ހަމަކަށަވަރުން إبراهيم عليه السلام ވަނީ އެކަލޭގެފާނުގެ- އެބަހީ نوح عليه السلام ގެ جماعة ގެ ތެރެއިންނެވެ.

  84. 84

    إِذْ جَآءَ رَبَّهُۥ بِقَلْبٍ سَلِيمٍ

    ʹIẓ jaaaʹa Rabbahoo biq̣albiñ saleem.

    އެއީ އެކަލޭގެފާނުގެ އެބަހީ إبراهيم عليه السلام އެކަލޭގެފާނުންގެ رب ގެ حضرة އަށް إخلاص ތެރިވެގެންވާ- އަދި شرك ން ސަލާމަތްވެގެންވާ ސާފު ހިތްޕުޅަކާއިގެން ވަޑައިގެންނެވި ހިނދުންނެވެ. (އެބަހީ އެކަލޭގެފާނު ﷲ އަށް إخلاص ތެރިވެވަޑައިގެން إيمان ވެވެޑައިގެންނެވިއެވެ.)

  85. 85

    إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَاذَا تَعْبُدُونَ

    ʹIẓ q̣aala liʹabeehi wa-q̣awmihee maaẓaa taʻbudoon?

    ފަހެ އެކަލޭގެފާނު އެކަލޭގެފާނުންގެ ބައްޕައަށާއި އަދި قوم އަށް ވިދާޅުވިއެވެ. ކަލޭމެން ތިޔަ އަޅުކަން ކުރަނީ ކޮން އެއްޗަކަށް ހެއްޔެވެ؟

  86. 86

    أَئِفْكًا ءَالِهَةً دُونَ ٱللَّهِ تُرِيدُونَ

    ʹAʹifkan ʹaalihatañ doonal laahi tureedoon?

    ﷲ ފިޔަވައި މުޅިން ދޮގު إله ންތަކަކަށް އަޅުކަން ކުރަނީ ހެއްޔެވެ؟ (إله އެއްކަމުގައި ނުވާ ފަރާތްތަކަށް إله ންކަމުގައި ހަދައި އަޅުކަން ކުރުމީ އެންމެ ބޮޑު ދޮގެވެ.)

  87. 87

    فَمَا ظَنُّكُم بِرَبِّ ٱلْعَـٰلَمِينَ

    Famaa z̤̣annukum̃ bi-Rabbil ʻAalameen?

    "ފަހެ عالم ތައް ހައްދަވާ ބޮޑުކުރައްވާ رب އާއި މެދު ކަލޭމެން ހީކުރަނީ ކީކޭހެއްޔެވެ؟ (އެހެން ފަރާތްތަކަކަށް އަޅުކަން ކޮށްފައި ދެން އެކަލާނގެއާއި ބައްދަލުވީމާ ދެންވާނޭކަމަށް ލަފާ ކުރަނީ ކިހިނެއްހެއްޔެވެ؟) "

  88. 88

    فَنَظَرَ نَظْرَةً فِى ٱلنُّجُومِ

    Fanaz̤̣ara naz̤̣ratañ fin Nujoom,

    ދެންފަހެ އެކަލޭގެފާނު ތަރިތަކަށް ބެއްލެވިއެވެ.

  89. 89

    فَقَالَ إِنِّى سَقِيمٌ

    Faq̣aala ʹinnee saq̣eem!

    އަދި ވިދާޅުވިއެވެ. އަހުރެން ބައްޔެވެ. * ދަންނައެވެ. އެރަށުގެ މީހުންނަކީ ތަރިތަކަށްވެސް އަޅުކަން ކުރާބައެކެވެ. نجومى علم އަށް މާބޮޑަށް އިތުބާރުކުރާ ބައެކެވެ. إبراهيم عليه السلام ތަރިތަކަށް ބައްލަވާފައި ތިމަންނާ ބައްޔޭ ވިދާޅުވީމާ އެމީހުން އެކަން قبول ކުރިއެވެ. އެމީހުންނާއިއެކު عيد ކުޅިވަރަށް ނުނުކުތުމުގެ عذر އެއްކަމުގައި އެމީހުން قبول ކުރިއެވެ. އެމީހުން އެކަލޭގެފާނުގެ ކިބައިން އެދުނީ އެމީހުންނާއިއެކު عيد ގެ ކުޅިވަރަށް ނުކުތުމަށެވެ. އެހިނދު އެކަލޭގެފާނު ތަރިތަކަށް ބައްލަވާފައި ބައްޔޭ ވިދާޅުވީމާ އެމީހުންނަށް ހީވީ އެކަލޭގެފާނަށް نجومى ގޮތުން ފެނިވަޑައިގެންނެވި އެއްޗެއްކަމަށެވެ. އެހެންވެ އެކަލޭގެފާނުންގެ އެ عذر އެމީހުން قبول ކުރީއެވެ.

  90. 90

    فَتَوَلَّوْا۟ عَنْهُ مُدْبِرِينَ

    Fatawallaw ʻanhu mudbireen.

    ދެން އެކަލޭގެފާނު ދޫކޮށްލާފައި އެމީހުން ދިޔައީއެވެ.

  91. 91

    فَرَاغَ إِلَىٰٓ ءَالِهَتِهِمْ فَقَالَ أَلَا تَأْكُلُونَ

    Faraag̣a ʹilaaa ʹaalihatihim faq̣aala ʹalaa taʹkuloon?...

    (ދެން އެކަލޭގެފާނު އެކަނިވުމުން) އެމީހުންގެ ބުދުތަކާވީ ފަރާތަށް އެނބުރިވަޑައިގެންފިއެވެ. (އަދި އެތަކެއްޗާ مخاطب ކުރައްވައި ވިދާޅުވިއެވެ.) "ކަލޭމެން ނުކާނޭ ހެއްޔެވެ؟ (އޭރު އެމީހުން ބުދަށް އެޅިކާނާވެސް އެތާ ހުއްޓެވެ.) "

  92. 92

    مَا لَكُمْ لَا تَنطِقُونَ

    Maa- lakum laa- tañṭiq̣oon?

    އަދި ވިދާޅުވިއެވެ. "ކަލޭމެން ވާހަކަ ނުދައްކައި ބަހެއްނުބުނެ ތިޔަތިބީކީއްވެފައި ހެއްޔެވެ؟ކަލޭމެންނަށްވީ ކީއްހެއްޔެވެ؟" (އެއީ ހިލަތަކެއްކަމާއި އެތަކެތި ވާހަކަ ނުދައްކާނެކަންވެސް އެގިވަޑައިގަންނަވައެވެ.)

  93. 93

    فَرَاغَ عَلَيْهِمْ ضَرْبًۢا بِٱلْيَمِينِ

    Faraag̣a ʻalayhim ḍarbam bilyameen.

    އަދި އެތަކެއްޗާއި ދިމާއަށް ލެބިވަޑައިގެން ކަނާތްޕުޅުން އެތަކެތީގައި ތަޅާންފަށައިފިއެވެ. ތަޅާ ކުދިކުދި ކުރައްވައިފިއެވެ.

  94. 94

    فَأَقْبَلُوٓا۟ إِلَيْهِ يَزِفُّونَ

    Faʹaq̣balooo ʹilayhi yaziffoon.

    ދެން އެމީހުން (އެބަހީ އެއަށް އަޅުކަން ކުރާމީހުން އެތަނަށް ވަންއިރު އެތަކެއްޗަށްވެފައި ހުރިގޮތް ދެކެފައި އެއީ إبراهيم ގެ ކަމެއްކަން އެނގިގެން) އެކަލޭގެފާނާއި ދިމާއަށް އަވަސްވެގެންފިއެވެ.

  95. 95

    قَالَ أَتَعْبُدُونَ مَا تَنْحِتُونَ

    Q̣aala ʹataʻbudoona maa- tanḥitoon?

    އެކަލޭގެފާނު އެމީހުންނާއި ދިމާއަށް ވިދާޅުވިއެވެ. "ކަލޭމެން އަތުން ކޮށައިގެން ހަދާ ބުދުތަކަށް ކަލޭމެން އަޅުކަން ކުރަނީހެއްޔެވެ؟ (ތިޔައީ ކިހާ ދެއުޅިއެއްނުވާ ކަމެއްހެއްޔެވެ.) "

  96. 96

    وَٱللَّهُ خَلَقَكُمْ وَمَا تَعْمَلُونَ

    Wallaahu khalaq̣akum wa-maa taʻmaloon!

    ކަލޭމެންނާއި އަދި ކަލޭމެން ކުރާކަންތައްތައްވެސް ހެއްދެވީ ﷲ އެވެ. (އެބަހީ ކަލޭމެންނާއި ކަލޭމެން އަތުން ތިޔަ ހަދާ ބުދުތައްވެސް ހެއްދެވީ ހަމަ ﷲ އެވެ.

  97. 97

    قَالُوا۟ ٱبْنُوا۟ لَهُۥ بُنْيَـٰنًا فَأَلْقُوهُ فِى ٱلْجَحِيمِ

    Q̣aalub noo lahoo bun-yaanañ faʹalq̣oohu fil Jaḥeem!

    ދެން އެމީހުން (އެއްބަޔަކު އަނެއްބަކަށް ބުންޏެވެ. "ކަލޭމެން އޭނާ ލާނެ ބިނާއެއްހަދާށެވެ. (ތަނެއްހަދައި އެތަނަށް ދަރު އަޅައި އެތަން ރޯކޮށް އެތަނަށް) އޭނާ އެއްލައިލާށެވެ."

  98. 98

    فَأَرَادُوا۟ بِهِۦ كَيْدًا فَجَعَلْنَـٰهُمُ ٱلْأَسْفَلِينَ

    Faʹaraadoo bihee kaydañ fajaʻalnaahumul ʹasfaleen!

    ފަހެ އެމީހުން އެކަލޭގެފާނާއިމެދު ނުބައި ގޮތްތަކެއް ރޭވީއެވެ. ދެން ފަހެ ތިމަންރަސްކަލާނގެ އެމީހުން ލެއްވީ ނިކަމެތި ދަށްބަޔަކުކަމުގައެވެ.\nފަހެ އެމީހުން އެކަލޭގެފާނު އަލިފާންގަޑައްލައި ހެދިއެވެ. އެކަމަކު އޭގެ ތެރެއިން ﷲ އެކަލޭގެފާނު ސަލާމަތް ކުރެއްވީއެވެ. އެވާހަކަ ބައެއް ސޫރަތް ސޫރަތުގައި ދިގުކޮށް ހުންނާނެއެވެ. މިތާމިވަނީ ހަމައެކަނި އިޝާރާތެވެ.

  99. 99

    وَقَالَ إِنِّى ذَاهِبٌ إِلَىٰ رَبِّى سَيَهْدِينِ

    Wa-q̣aala ʹinnee ẓaahibun ʹilaa Rabbee sayahdeen!

    އަދި إبراهيم ގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން އަހުރެން އަހުރެންގެ رب ގެ އެންގެވުމަށް (هجرة އަށް) ދަނީއެވެ. އެކަލާނގެ ނިކަންހުރެ އަހުރެންނަށް މަގު ދައްކަވާނެއެވެ.

  100. 100

    رَبِّ هَبْ لِى مِنَ ٱلصَّـٰلِحِينَ

    Rabbi hab lee minaṣ Ṣaaliḥeen!

    (އަދި އެކަލޭގެފާނު ﷲ އަށް دعاء ދެންނެވިއެވެ.) "އޭ އަޅުގެ رب އެވެ! މިއަޅާއަށް صالح ންގެތެރެއިން ދަރިން ދެއްވާދޭވެ!"

  101. 101

    فَبَشَّرْنَـٰهُ بِغُلَـٰمٍ حَلِيمٍ

    Fabashsharnaahu big̣ulaamin ḥaleem.

    ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް حلم ވެރި ދަރިކަލަކު ދެއްވާނެކަމުގެ އުފާވެރިކަމުގެ خبر ދެއްވީމެވެ.

  102. 102

    فَلَمَّا بَلَغَ مَعَهُ ٱلسَّعْىَ قَالَ يَـٰبُنَىَّ إِنِّىٓ أَرَىٰ فِى ٱلْمَنَامِ أَنِّىٓ أَذْبَحُكَ فَٱنظُرْ مَاذَا تَرَىٰ ۚ قَالَ يَـٰٓأَبَتِ ٱفْعَلْ مَا تُؤْمَرُ ۖ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰبِرِينَ

    Falammaa balag̣a maʻahus saʻya q̣aala yaa-bunayya ʹinneee ʹaraa fil manaami ʹanneee ʹaẓbaḥuka fañz̤̣ur maaẓaa taraa! Q̣aala yaaaʹabatif ʻal maa- tuʹmar: satajiduneee ʹiñ shaaa ʹallaahu minaṣ Ṣaabireen!

    (ދެން ފަހެ އެކަލޭގެފާނަށް އެދަރިކަލުން ލިބިވަޑައިގެން ބޮޑުފުޅުވަމުން ގޮސް) إبراهيم عليه السلام ގެ އަރިހުގައި ހިންގަވާ ކުޑަކޮށް މަސައްކަތްކުރެއްވޭވަރަށް ބޮޑުފުޅުވުމުން - އެކަލޭގެފާނު އެދަރިކަލުންނަށް - ޔަޢުނީ، إِسْمَاعِيل (عليه السلام،) އަށް ވިދާޅުވިއެވެ. (އޭރު އެދަރިކަލުންގެ އުމުރުފުޅުން ތޭރަ އަހަރު ކަމުގައި ބައެއް މުފައްސިރުން ލިޔުއްވިއެވެ.) إبراهيم عليه السلام، إِسْمَاعِيل عليه السلام، އަށް ވިދާޅުވިއެވެ. "އޭ އަހުރެންގެ ދަރިފުޅާއެވެ. ހަމަކަށަވަރުން ކަލޭ ކަތިލާތީ (އެބަހީ ذبح ކުރާތީ) އަހުރެންނަށް ހުވަފެނުން ފެނިއްޖެއެވެ. ނަބީބޭކަލުންގެ ހުވަފެނަކީ ހަމަ ޙަޤީޤަތެކެވެ. އެވެވުނު އަމުރުފުޅަކީ ހަމަ ޙަޤީޤީ ޢަމުރުފުޅެކެވެ. ދަރިފުޅަށް މިކަމާމެދު ފެންނަނީ ކިހިނަކުން ހެއްޔެވެ؟ ފެންނަ އެއްޗެއް ބުނެބަލާށެވެ." ދަރިކަލުން ދެންނެވިއެވެ." އޭ ބައްޕާއެވެ. ބައްޕައަށް އަމުރުވެވުނު ގޮތަކަށް ކަންތައް ކުރައްވާށާވެ. ﷲ އިރާދަ ކުރެއްވިއްޔާ އަހުރެންނަކީ ކެތްތެރިއެއްކަމުގައި ބައްޕަ ދެކެވަޑައިގަންނަވާނެއެވެ."

  103. 103

    فَلَمَّآ أَسْلَمَا وَتَلَّهُۥ لِلْجَبِينِ

    Falammaaa ʹaslamaa wa-tallahoo liljabeen,

    ދެންފަހެ ދެބަފައިކަލުން ﷲ ގެ އަމުރުފުޅަށް ކިޔަމަންތެރިވެވަޑައިގެން އެކަން ތަންފީޒުކުރުމަށް ކުރިމަތި ލެއްވިހިނދުން އެކުޑަކުޑަދަރިކަލުންގެ ނިތްކުރިފުޅު ބަންޑުންވާ ގޮތަށް ބާއްވައި އެދަރިކަލުން ذبح ކުރެއްވުމަށް إبراهيم عليه السلام ޤަޞްދުކުރައްވައިފިއެވެ.

  104. 104

    وَنَـٰدَيْنَـٰهُ أَن يَـٰٓإِبْرَٰهِيمُ

    Wa-naadaynaahu ʹañy YaaaʹIbraaheem!

    އަދި އެވަގުތު ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. ގޮވާލެއްވީމެވެ. "އޭ إبراهيم އެވެ.

  105. 105

    قَدْ صَدَّقْتَ ٱلرُّءْيَآ ۚ إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

    Q̣ad ṣaddaq̣tar ruʹyaa! ʹInnaa kaẓaalika najzil Muḥsineen.

    ހަމަކަށަވަރުން ކަލޭގެފާނު ކަލޭގެފާނުންގެ ހުވަފެން ތެދުކުރައްވައިފީމުއެވެ." (އެކުޑަ ކުޑަ ދަރިކަލުން ذبح ނުވެވުނަސް އެކަމަށް ޢަޒުމްކުރައްވައި ހުރިހާގޮތަކުން ތައްޔާރުވެވަޑައިގަތުމުން އެކަން ކުރެއްވީކަމުގައި ނިންމެވީއެވެ. ހަމަކަށަވަރުން އިޙްސާންތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.

  106. 106

    إِنَّ هَـٰذَا لَهُوَ ٱلْبَلَـٰٓؤُا۟ ٱلْمُبِينُ

    ʹInna haaẓaa lahuwal balaaaʹul mubeen.

    ހަމަކަށަވަރުން ތިޔައީ ބޮޑުވެގެންވާ އަދި ބަޔާންވެގެންވާ އިމްތިހާނެއްކަން ޔަޤީނެވެ.

  107. 107

    وَفَدَيْنَـٰهُ بِذِبْحٍ عَظِيمٍ

    Wa-fadaynaahu biẓibḥin ʻaz̤̣eem:

    އަދި ހަމަކަށަވަރުން ބޮޑުވެގެންވާ ذبح އަކުން އެބަހީ ބޮޑުވެގެންވާ كَبش ބަކަށްޓަކުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ފިދުޔައެއްދެއްވީމެވެ.

  108. 108

    وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ

    Wa-taraknaa ʻalayhi fil ʹaakhireen:

    އަދި އެކަލޭގެފާނަށްޓަކައި ފަހުން އަންނަމީހުން ކިޔާގޮތަށް ތިމަންރަސްކަލާނގެ ދޫކުރެއްވީމެވެ.

  109. 109

    سَلَـٰمٌ عَلَىٰٓ إِبْرَٰهِيمَ

    Salaamun ʻalaaa ʹIbraaheem!

    إبراهيم ގެ މައްޗަށް السلام ހުއްޓެވެ. (އެބަހީ ފަހުން އަންނަމީހުން إبراهيم عليه السلام ކިޔޭ ގޮތަށް އެކަލޭގެފާނަށް ޘަނާ އާއި ތަޢްރީފު ލެއްވީމެވެ.)

  110. 110

    كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

    Kaẓaalika najzil Muḥsineen.

    އިޙްސާންތެރިންނަށް ތިމަންރަސްކަލާނގެ ހެޔޮ ޖަޒާ ދެއްވަނީ އެފަދައިންނެވެ.

  111. 111

    إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ

    ʹInnahoo min ʻIbaadinal Muʹmineen.

    ހަމަކަށަވަރުން އެކަލޭގެފާނު ވަނީ ތިމަންރަސްކަލާނގެ މުއުމިނު އަޅުންގެ ތެރެއިންނެވެ.

  112. 112

    وَبَشَّرْنَـٰهُ بِإِسْحَـٰقَ نَبِيًّا مِّنَ ٱلصَّـٰلِحِينَ

    Wa-bashsharnaahu biʹIsḥaaq̣a Nabiyyam minaṣ Ṣaaliḥeen.

    إبراهيم عليه السلام އަށް إسحاق ގެފާނު ލިބިވަޑައިގަންނަވާނޭ ކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ.

  113. 113

    وَبَـٰرَكْنَا عَلَيْهِ وَعَلَىٰٓ إِسْحَـٰقَ ۚ وَمِن ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِّنَفْسِهِۦ مُبِينٌ

    Wa-baaraknaa ʻalayhi wa-ʻalaaa ʹIsḥaaq̣: wa-miñ ẓurriyyatihimaa muḥsinuñw waz̤̣aalimul linafsihee mubeen.

    އަދި އެކަލޭގެފާނަށާއި يعني إبراهيم عليه السلام އަށާއި އަދި إسحاق عليه السلام އަށްތިމަންރަސްކަލާނގެ ބަރަކާތްލެއްވީމެވެ. އަދި އެދެބޭކަލުންގެ ދަރިފަސްކޮޅުގައި إحسان ތެރި ރަނގަޅު މީހުންނާއި، އަދި އެމީހުންގެ އަމިއްލަ ނަފްސަށް އަނިޔާވެރިވާ މީހުން - يعني مشركން ތިމަންރަސްކަލާނގެ ލެއްވީމެވެ.

  114. 114

    وَلَقَدْ مَنَنَّا عَلَىٰ مُوسَىٰ وَهَـٰرُونَ

    Wa-laq̣ad manannaa ʻalaa Moosaa wa-Haaroon.

    އަދި ހަމަކަށަވަރުން سلام ލެއްވި موسى ގެފާނަށާއި سلام ލެއްވި هارون އާއި ދެބޭކަލުންނަށް ތިމަންރަސްކަލާނގެ نبي ކަން ދެއްވައި ދަރުމަކުރެއްވީމެވެ.

  115. 115

    وَنَجَّيْنَـٰهُمَا وَقَوْمَهُمَا مِنَ ٱلْكَرْبِ ٱلْعَظِيمِ

    Wa-najjaynaahumaa wa-q̣awmahumaa minal Karbil ʻAz̤̣eem;

    އަދި އެދެބޭކަލުންނާއި އެދެބޭކަލުންގެ ޤައުމުގެ މީހުން (ފިރުޢައުނުގެ ކިބައިން ނުވަތަ ޣަރަޤުވުމުން) ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. ޔަޢުނީ ބޮޑުވެގެންވާ ހިތާމައިން ސަލާމަތްކޮށްދެއްވީމެވެ.

  116. 116

    وَنَصَرْنَـٰهُمْ فَكَانُوا۟ هُمُ ٱلْغَـٰلِبِينَ

    Wa-naṣarnaahum fakaanoo humul g̣aalibeen.

    އަދި ތިމަންރަސްކަލާނގެ އެދެބޭކަލުންނަށް ނަޞްރުދެއްވީމެވެ. އެބޭކަލުންވީ ގަދަވީ މީހުންގެ ތެރެއިންނެވެ.

  117. 117

    وَءَاتَيْنَـٰهُمَا ٱلْكِتَـٰبَ ٱلْمُسْتَبِينَ

    Wa-ʹaataynaahumal kitaabal mustabeen;

    އަދި ބަޔާންވެ ފައުޅުވެގެންވާ ފޮތް (تَوْرَات) ތިމަންރަސްކަލާނގެ އެދެބޭކަލުންނަށް ދެއްވީމެވެ.

  118. 118

    وَهَدَيْنَـٰهُمَا ٱلصِّرَٰطَ ٱلْمُسْتَقِيمَ

    Wa-hadaynaahumaṣ Ṣiraaṭal Mustaq̣eem.

    އަދި ސީދާވެގެންވާ ތެދުމަގު ތިމަންރަސްކަލާނގެ އެދެބޭކަލުންނަށް ދެއްކެވީމެވެ.

  119. 119

    وَتَرَكْنَا عَلَيْهِمَا فِى ٱلْـَٔاخِرِينَ

    Wa-taraknaa ʻalayhimaa fil ʹaakhireen:

    އަދި ފަހުން އަންނަ މީހުން ކިޔާގޮތަށް އެދެބޭކަލުންނަށްޓަކައި ތިމަންރަސްކަލާނގެ ދޫކުރެއްވީމުއެވެ.

  120. 120

    سَلَـٰمٌ عَلَىٰ مُوسَىٰ وَهَـٰرُونَ

    Salaamun ʻalaa Moosaa wa-Haroon!

    موسى ގެފާނާއި هارون ގެފާނާއި ދެބޭކަލުންގެ މައްޗަށް سلام ހުއްޓެވެ. (އެބަހީ އެބޭކަލުންނަށް موسى عليه السلام ކިޔާގޮތަށާއި هارون عليه السلام ކިޔާގޮތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ.)

  121. 121

    إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

    ʹInnaa kaẓaalika najzil Muḥsineen.

    އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.

  122. 122

    إِنَّهُمَا مِنْ عِبَادِنَا ٱلْمُؤْمِنِينَ

    ʹInnahumaa min ʻibaadinal Muʹmineen.

    އަދި ހަމަކަށަވަރުން އެދެބޭކަލުން ވަނީ ތިމަންރަސްކަލާނގެ مؤمن އަޅުންގެ ތެރެއިންނެވެ.

  123. 123

    وَإِنَّ إِلْيَاسَ لَمِنَ ٱلْمُرْسَلِينَ

    Wa-ʹinna ʹIlyaasa laminal mursaleen.

    އަދި ހަމަކަށަވަރުން إلياس عليه السلام ވަނީ ފޮނުއްވިގެންވާ رسول ބޭކަލުންގެ ތެރެއިންނެވެ.

  124. 124

    إِذْ قَالَ لِقَوْمِهِۦٓ أَلَا تَتَّقُونَ

    ʹIẓ q̣aala liq̣awmiheee ʹalaa tattaq̣oon?

    އެކަލޭގެފާނު އެކަލޭގެފާނުންގެ قوم ގެ މީހުންނަށް ވިދާޅުވި ހިނދު ހަދުމަފުޅުކުރައްވާށެވެ. އެކަލޭގެފާނު قوم ގެ މީހުންނަށް ވިދާޅުވިއެވެ. ކަލޭމެން ފަހެ تقوى ވެރި ނުވާނެހެއްޔެވެ؟ (ﷲ އަށް ބިރުވެތި ނުވާނެހެއްޔެވެ؟)

  125. 125

    أَتَدْعُونَ بَعْلًا وَتَذَرُونَ أَحْسَنَ ٱلْخَـٰلِقِينَ

    ʹAtadʻoona taẓaroona Baʻlañwwa ʹAḥsanal Khaaliq̣een,―

    "ކަލޭމެން ހައްދަވާ ސޫރަ ރީތި ކުރެއްވި ކަލާނގެ ދޫކޮށް ކަލޭމެން بعل އެވެ ކިޔާ ބުދަށް އަޅުކަން ކޮށް ގޮވާ ހަދަނީ ހެއްޔެވެ؟

  126. 126

    ٱللَّهَ رَبَّكُمْ وَرَبَّ ءَابَآئِكُمُ ٱلْأَوَّلِينَ

    ʹAllaaha Rabbakum wa-Rabba ʹaabaaaʹikumul ʹawwaleen?

    ﷲ އެއީ ކަލޭމެންނާއި އަދި ކަލޭމެންގެ އިސްވެދިޔަ ކާބަފައިންގެވެސް رب އެވެ."

  127. 127

    فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ

    Fakaẓẓaboohu faʹinnahum lamuḥḍaroon,―

    ފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެންފަހެ އެމީހުންވީ عذاب އަށް حاضر ވެވިގެންވާ ބަޔަކުކަމުގައެވެ.

  128. 128

    إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ

    ʹIllaa ʻibaadal laahil mukhlaṣeen.

    އޭގެތެރެއިން ﷲ ގެ إخلاصތެރި އަޅުން މެނުވީއެވެ.

  129. 129

    وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ

    Wa-taraknaa ʻalayhi fil ʹaakhireen:

    އަދި ފަހުން އަންނަ މީހުން ކިޔާގޮތަށް އެކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ ދޫކުރެއްވީމެވެ.

  130. 130

    سَلَـٰمٌ عَلَىٰٓ إِلْ يَاسِينَ

    Salaamun ʻalaaa ʹIlyaaseen!

    إلياس ގެ ފާނުންގެ މައްޗަށް سلام ހުއްޓެވެ. (އެބަހީ ފަހުން އަންނަ މީހުން إلياس عليه السلام ކިޔާ ގޮތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ.)

  131. 131

    إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

    ʹInnaa kaẓaalika najzil Muḥsineen.

    ހަމަކަށަވަރުން إحسان ތެރިންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.

  132. 132

    إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ

    ʹInnahoo min ʻIbaadinal Muʹmineen.

    އަދި ހަމަކަށަވަރުން އެކަލޭގެފާނު ވަނީ ތިމަންރަސްކަލާނގެ مؤمن އަޅުންގެ ތެރެއިންނެވެ.

  133. 133

    وَإِنَّ لُوطًا لَّمِنَ ٱلْمُرْسَلِينَ

    Wa-ʹinna Looṭal laminal mursaleen.

    އަދި لُوْط عَلَيْهِ السَّلاَم ވަނީ ފޮނުއްވިގެންވާ رسول ބޭކަލުންގެ ތެރެއިންނެވެ.

  134. 134

    إِذْ نَجَّيْنَـٰهُ وَأَهْلَهُۥٓ أَجْمَعِينَ

    ʹIẓ najjaynaahu wa-ʹahlahooo ʹajmaʻeen,

    އެއީ އެކަލޭގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން عذاب ން ސަލާމަތް ކުރެއްވިހިނދުންނެވެ.

  135. 135

    إِلَّا عَجُوزًا فِى ٱلْغَـٰبِرِينَ

    ʹIllaa ʻajoozañ fil g̣aabireen:

    އެންމެ عجوز އެއް މެނުވީއެވެ. އެބަހީ އެންމެ އަންހެނެއް މެނުވީއެވެ. އެއީ لوط ގެފާނުގެ އަނބިކަނބަލުންނެވެ. ފަހެ އެކަމަނާވީ عذاب ގައި ހަލާކުވި މީހުންގެ ތެރެއިންނެވެ.

  136. 136

    ثُمَّ دَمَّرْنَا ٱلْـَٔاخَرِينَ

    S̤umma dammarnal ʹaakhareen.

    ދެން އީމާންނުވާ އެންމެން ތިމަންރަސްކަލާނގެ ހަލާކުކުރައްވައި ބަރުބާދު ކުރެއްވީމެވެ.

  137. 137

    وَإِنَّكُمْ لَتَمُرُّونَ عَلَيْهِم مُّصْبِحِينَ

    Wa-ʹinnakum latamurroona ʻalayhim muṣbiḥeen―

    (އޭ عربى ންގެ قريش ންނޭވެ. ކަލޭމެން شام ކަރައަށް ގޮސް އައިސްވާ މަގުމަތީގައި) ކަލޭމެން އެމީހުންގެ ގޯތިގެދޮރުތަކުން ލައިފާ (އެމީހުން އުޅުނު ތަނުން ލައިފައި) ފަތިސްވަގުތުގައްޔާއި.

  138. 138

    وَبِٱلَّيْلِ ۗ أَفَلَا تَعْقِلُونَ

    Wa-billayli ʹafalaa taʻq̣iloon?

    އަދި ރޭގަނޑު ވަގުތު ގޮސް އައިސްވަމުއެވެ. ކަލޭމެންފަހެ އެއްޗެއްވިސްނާ ބުއްދިކޮށް عبرة حاصل ނުކުރަމުހެއްޔެވެ؟

  139. 139

    وَإِنَّ يُونُسَ لَمِنَ ٱلْمُرْسَلِينَ

    Wa-ʹinna Yoonusa laminal mursaleen.

    އަދި ހަމަކަށަވަރުން يونس عليه السلام ވަނީ ފޮނުއްވިގެންވާ رسول ބޭކަލުންގެ ތެރެއިންނެވެ.

  140. 140

    إِذْ أَبَقَ إِلَى ٱلْفُلْكِ ٱلْمَشْحُونِ

    ʹIẓ ʹabaq̣a ʹilal fulkil mashḥoon.

    އެކަލޭގެފާނު (އެކަލޭގެފާނުންގެ قوم ގެ މީހުންގެ ކިބައިން) ފިއްލަވައިގެން ވަޑައިގެންނެވި ހިނދުން ބަރާވެފައިވާ ނަވަކަށް އަރާ ވަޑައިގެންނެވިއެވެ.

  141. 141

    فَسَاهَمَ فَكَانَ مِنَ ٱلْمُدْحَضِينَ

    Fasaahama fakaana minal mudḥaḍeen:

    ދެން ފަހެ (ނަވުގައި މީހުން ގިނަވެ ނައު ލުއިކުރަން މީހުން މަދުކުރުމަށް) އެމީހުން ޤުރުއަތު ލިއެވެ. ފަހެ އެކަލޭގެފާނުވީ އެޤުރުއަތުން ދިމާވެގެން މޫދަށް ފުންމައިލި މީހުންގެ ތެރެއިންނެވެ.

  142. 142

    فَٱلْتَقَمَهُ ٱلْحُوتُ وَهُوَ مُلِيمٌ

    Faltaq̣amahul Ḥootu wa-huwa muleem.

    ފަހެ (އެކަލޭގެފާނު ފުންމައިލެއްވުމުން) މަސް އައިސް އެކަލޭގެފާނު ދިރުވައިލައިފިއެވެ. އެއީ އެކަލޭގެފާނަށް މަލާމަތްލިބިވަޑައިގަންނަވާ ޙާލުކޮޅުގައެވެ. (ދެން އެކަލޭގެފާނު އެމަހުގެ ބަނޑުގައި އޮންނަވައިގެން تَسْبِيح ވިދާޅުވިއެވެ. ދުޢާކުރެއްވިއެވެ.)

  143. 143

    فَلَوْلَآ أَنَّهُۥ كَانَ مِنَ ٱلْمُسَبِّحِينَ

    Falawlaaa ʹannahoo kaana minal musabbiḥeen,

    ،(144) ފަހެ އެކަލޭގެފާނު تَسْبِيح ކީ މީހުންގެ ތެރެއިން / ނުވަތަ ذِكْر ކޮށް ދުޢާ ކުރެއްވި ބޭކަލުންގެ ތެރެއިން ނުވިނަމަ ޤިޔާމަތްދުވަހަށް ދާންދެން އެމަހުގެ ބަނޑުގައި އޮންނަވައިފީހެވެ.

  144. 144

    لَلَبِثَ فِى بَطْنِهِۦٓ إِلَىٰ يَوْمِ يُبْعَثُونَ

    Lalabis̤a fee baṭniheee ʹilaa Yawmi yubʻas̤oon.

    ،(144) ފަހެ އެކަލޭގެފާނު تَسْبِيح ކީ މީހުންގެ ތެރެއިން / ނުވަތަ ذِكْر ކޮށް ދުޢާ ކުރެއްވި ބޭކަލުންގެ ތެރެއިން ނުވިނަމަ ޤިޔާމަތްދުވަހަށް ދާންދެން އެމަހުގެ ބަނޑުގައި އޮންނަވައިފީހެވެ.

  145. 145

    ۞ فَنَبَذْنَـٰهُ بِٱلْعَرَآءِ وَهُوَ سَقِيمٌ

    Fanabaẓnaahu bilʻaraaaʹi wa-huwa saq̣eem.

    ދެން ތިމަންރަސްކަލާނގެ (މަހު ބަނޑުން ނެރުއްވައި) ހުސްބިމަކަށް އެކަލޭގެފާނު ލެއްވީމެވެ. އޭރު އެކަލޭގެފާނު ވަނީ އާލާސްކަންފުޅާއެވެ. (މަސްގަނޑާ ހަންގަނޑަށް ގެއްލުންވެވަޑައިގެންފައެވެ.)

  146. 146

    وَأَنۢبَتْنَا عَلَيْهِ شَجَرَةً مِّن يَقْطِينٍ

    Wa-ʹambatnaa ʻalayhi shajaratam miñy yaq̣ṭeen.

    އަދި އެކަލޭގެފާނަށް ތިމަންރަސްކަލާނގެ يَقْطِيْن ގަހެއް ފަޅުއްވައި ދެއްވީމެވެ. (އެއީ ބަރަބޮލެވެ. ނުވަތަ ފުފުލެވެ. ނުވަތަ އެބާވަތުގެ ކޮންމެވެސް އެއްޗެކެވެ. އެއީ އެގަހުގެ ހިޔަލުގައި އޮންނެވުމަށާއި ފަރީއްކުޅުވުމަށެވެ.)

  147. 147

    وَأَرْسَلْنَـٰهُ إِلَىٰ مِا۟ئَةِ أَلْفٍ أَوْ يَزِيدُونَ

    Wa-ʹarsalnaahu ʹilaa miʹati ʹalfin ʹaw yazeedoon.

    ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނު، ސަތޭކަހާހަށް ވުރެ ކުޑަކޮށް ގިނަ ޢަދަދަކަށް މީހުން ތިބިރަށަކަށް رَسُول ކަމާއިގެން ފޮނުއްވީމެވެ. (އެރަށަކީ އެކަލޭގެފާނު ކުރިންވެސް ދީނަށް ގޮވައިލެއްވެވި نَيْنَوَى ކަމުގައި ބުނެވުނެވެ. ނުވަތަ އެހެންރަށެއް ކަމުގައިވެސް ބުނެވުނެވެ. وَالله أَعْلَم.)

  148. 148

    فَـَٔامَنُوا۟ فَمَتَّعْنَـٰهُمْ إِلَىٰ حِينٍ

    Faʹaamanoo famattaʻnaahum ʹilaa ḥeen.

    ދެންފަހެ އެބައިމިހުން އީމާންވިއެވެ. އަދި އެމީހުންގެ މަރުގެ އަޖަލު ހަމަވަންދެން ތިމަންރަސްކަލާނގެ އެމީހުންނަށް مُهلة. ދެއްވީމެވެ. ދުނިޔޭގައި މަޖާކޮށް އަރާމުކޮށް އުޅުމުގެ ފުރުސަތު ދެއްވީމެވެ.

  149. 149

    فَٱسْتَفْتِهِمْ أَلِرَبِّكَ ٱلْبَنَاتُ وَلَهُمُ ٱلْبَنُونَ

    Fastaftihim ʹa-li-Rabbikal banaatu wa-lahumul banoon?―

    (އޭ رَسُوْلُ الله އެވެ!) އެމީހުންކުރެ - އެބަހީ ކާފިރުންކުރެން ނިކަން ފަތުވާ އައްސަވައިބަލާށެވެ! ކަލޭގެފާނުންގެ رَبُّ އަށް (ދެރަ އަދި ނިކަމެތި ޖިންސުކަމުގައިވާ) އަންހެން ދަރިންހެއްޔެވެ؟ އަދި އެމީހުންނަށް (ރަނގަޅު އަދި މަތިވެރި ޖިންސުކަމުގައިވާ) ފިރިހެން ޖިންސުހެއްޔެވެ؟ (އެއީ ކިހާ ނުބައި ބެހުމެއްހެއްޔެވެ؟ އަދި މިއީ ހައްތަހާވެސް ބޭކާރު ވާހަކަތަކެކެވެ. ﷲ އަށް ދަރިން ނިސްބަތްކުރުމަކީ ހެޔޮނުވާނެކަމެކެވެ. އެފަދަކަންކަމުން އެކަލާނގެ ހުސް طَاهِر ވަންތަވެވޮޑިގެންވިއެވެ.)

  150. 150

    أَمْ خَلَقْنَا ٱلْمَلَـٰٓئِكَةَ إِنَـٰثًا وَهُمْ شَـٰهِدُونَ

    ʹAm khalaq̣nal malaaaʹikata ʹinaas̤añw Wahum shaahidoon?

    ނުވަތަ ތިމަންރަސްކަލާނގެ މަލާއިކަތްބޭކަލުން ހެއްދެވީ އަންހެން ޖިންސުންކަމުގައި ބުނަނީ ފަހެ މަލާއިކަތް ބޭކަލުން ހެއްދެވިތާ އެމީހުންއެތާ ތިބީހެއްޔެވެ؟ (އެހެންވެސް ވީއެއްނޫނެވެ.)

  151. 151

    أَلَآ إِنَّهُم مِّنْ إِفْكِهِمْ لَيَقُولُونَ

    ʹAlaaa ʹinnahum min ʹifkihim layaq̣ooloon:

    ދަންނާށެވެ. އެމީހުން ބޮޑުދޮގުހަދައިގެން ހަމަކަށަވަރުން އެމީހުން އެބުނަނީ.

  152. 152

    وَلَدَ ٱللَّهُ وَإِنَّهُمْ لَكَـٰذِبُونَ

    Waladal laahu wa-ʹinnahum lakaaẓiboon!

    ﷲ ދަރިކަލަކު އިޚްތިޔާރުކުރެއްވިކަމުގައެވެ. އަދި ހަމަކަށަވަރުން އެމީހުންއެއީ ދޮގުވެރިންނެވެ.

  153. 153

    أَصْطَفَى ٱلْبَنَاتِ عَلَى ٱلْبَنِينَ

    ʹAṣṭafal banaati ʻalal baneen?

    އެކަލާނގެ ފަހެ ފިރިހެން ދަރިންގެ މައްޗަށް އަންހެން ދަރިން މާތްކުރައްވައި ޚާއްޞަކުރެއްވީހެއްޔެވެ؟

  154. 154

    مَا لَكُمْ كَيْفَ تَحْكُمُونَ

    Maa- lakum Kayfa taḥkumoon?

    ކަލޭމެނަށް ފަހެ ތިޔަތިބީ ކީއްވެފައިހެއްޔެވެ؟ ކަލޭމެން ތިޔަކުރަނީ ކޮންކަހަލަ ޙުކުމެއްހެއްޔެވެ؟

  155. 155

    أَفَلَا تَذَكَّرُونَ

    ʹAfalaa taẓakkaroon?

    ކަލޭމެން ފަހެ އެއްވެސް އެއްޗެއް ވިސްނައި ނަޞީޙަތެއް ޢިބްރަތެއް ލިބިނުގަންނާނެހެއްޔެވެ؟

  156. 156

    أَمْ لَكُمْ سُلْطَـٰنٌ مُّبِينٌ

    ʹAm lakum sulṭaanum mubeen?

    ނުވަތަކަލޭމެނަށް (އެހެންބުނަން ޙައްޤު ވާފަދަ) ސާފުސާފު އަދި ބަޔާން ވެގެންވާ ދަލީލާއި ޙުއްޖަތްވަނީ ހެއްޔެވެ؟

  157. 157

    فَأْتُوا۟ بِكِتَـٰبِكُمْ إِن كُنتُمْ صَـٰدِقِينَ

    Faʹtoo bi-Kitaabikum ʹiñ kuñtum ṣaadiq̣een!

    އަދި ކަލޭމެންގެ ބަހުގައި ކަލޭމެނަކީ ތެދުވެރިންކަމުގައި ވަންޏާ އެފަދަ ވާހަކައެއްއޮތް ފޮތެއްއޮތިއްޔާ ނިކަން ގެނެސްދީބަލާށެވެ.

  158. 158

    وَجَعَلُوا۟ بَيْنَهُۥ وَبَيْنَ ٱلْجِنَّةِ نَسَبًا ۚ وَلَقَدْ عَلِمَتِ ٱلْجِنَّةُ إِنَّهُمْ لَمُحْضَرُونَ

    Wa-jaʻaloo baynahoo wa-baynal Jinnati nasabaa: wa-laq̣ad ʻalimatil Jinnatu ʹinnahum lamuḥḍaroon!

    އަދި އެމީހުން (އެބަހީ އެނުބައި ޔަހޫދީން ނުވަތަ މައްކާގެ ކާފިރުން) ﷲ އާއި ޖިންނީންނާދެމެދު ނަސަބުގެ ގުޅުންވާކަމުގައި ބުނެހަދައިލިއެވެ. އެފަދަ ހުރިހާ ކަމަކުން ﷲ ހުސް طَاهِر ވަންތަވެވޮޑިގެންވެއެވެ.) އަދި ޖިންނީންނަކީވެސް ޤިޔާމަތްދުވަހުން ޢަޛާބަށް ޙާޟިރު ކުރެވޭނެ ބައެއްކަން ހަމަކަށަވަރުން ޖިންނީން ދަނެއެވެ. އަދި ދަންނައެވެ. މިއާޔަތުގެ ތަރުޖަމާ އަދި އެހެންގޮތްގޮތަށް ވެސްވެއެވެ. އެހެންވެ އެވާހަކަ ހަނދާންކޮށްލަމެވެ.

  159. 159

    سُبْحَـٰنَ ٱللَّهِ عَمَّا يَصِفُونَ

    Subḥaanal laahi ʻammaa yaṣifoon!

    އެމީހުން އެސިފަކުރާ ކަންކަމުން އެކަލާނގެ ހުސް طَاهِر ވަންތަވެވޮޑިގެންވެއެވެ.

  160. 160

    إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ

    ʹIllaa ʻIbaadal laahil mukhlaṣeen.

    އެމީހުން އެ ސިފަކުރާ ސިފަކުރުންތަކުން އަދި އެކަންކަމުން ﷲ ގެ އިޚްލާޞްތެރި އަޅުން ބަރީއަވެގެންވެއެވެ.

  161. 161

    فَإِنَّكُمْ وَمَا تَعْبُدُونَ

    Faʹinnakum wa-maa taʻbudoon―

    ،(162) އަދި ހަމަކަށަވަރުން ކަލޭމެންނާއި އަދި ކަލޭމެން އަޅުކަންކުރާ ތަކެއްޗަށްވެސް، އެމީހަކު ނަރަކައަށް ވަނުމަށް ﷲ ނިޔާ ކުރައްވާމިންވަރު ކުރައްވާފައިވާ އަޅަކުމެނުވީ މަގުފުރައްދައި ނުލެވޭނެއެވެ.

  162. 162

    مَآ أَنتُمْ عَلَيْهِ بِفَـٰتِنِينَ

    Maaa ʹañtum ʻalayhi bifaatineen,

    ،(162) އަދި ހަމަކަށަވަރުން ކަލޭމެންނާއި އަދި ކަލޭމެން އަޅުކަންކުރާ ތަކެއްޗަށްވެސް، އެމީހަކު ނަރަކައަށް ވަނުމަށް ﷲ ނިޔާ ކުރައްވާމިންވަރު ކުރައްވާފައިވާ އަޅަކުމެނުވީ މަގުފުރައްދައި ނުލެވޭނެއެވެ.

  163. 163

    إِلَّا مَنْ هُوَ صَالِ ٱلْجَحِيمِ

    ʹIllaa man huwa ṣaalil Jaḥeem!

    [ ނަރަކައަށް ވަނުމަށް (ﷲ ގެ ނިޔާގައި) ނިމިފައިވާ މީހަކު މެނުވީ.]

  164. 164

    وَمَا مِنَّآ إِلَّا لَهُۥ مَقَامٌ مَّعْلُومٌ

    Wa-maa minnaaa ʹillaa lahoo maq̣aamum maʻloom;

    (މަލާއިކަތްބޭކަލުން ވިދާޅުވާކަމަށް ﷲ އަންގަވައެވެ.) އެބޭކަލުން އަޅުކަން ކުރެއްވުމަށް އުޑުން ވަކިތަނެއް ކަނޑައެޅި عين ވެގެންނުވާ އެއްވެސް ބޭކަލެއް ތިމަންބޭކަލުން ތެރޭ ނުވެއެވެ. (އެބަހީ ކޮންމެ ބޭކަލަކަށްވެސް ތަނެއްކަނޑައެޅިގެންވެއެވެ.)

  165. 165

    وَإِنَّا لَنَحْنُ ٱلصَّآفُّونَ

    Wa-ʹinnaa lanaḥnuṣ ṣaaaffoon;

    އަދި ހަމަކަށަވަރުން ތިމަން ބޭކަލުންނީ (ކިޔަމަންތެރިކަމާއި އަޅުވެތިކަމުގައި) ސަފުތައް ހައްދަވައިގެންވާ ބޭކަލުންނެވެ.

  166. 166

    وَإِنَّا لَنَحْنُ ٱلْمُسَبِّحُونَ

    Wa-ʹinnaa lanaḥnul musabbiḥoon!

    "އަދި ހަމަކަށަވަރުން ތިމަން ބޭކަލުންނީ (ﷲ އާއި އެކަށީގެންނުވާ ކޮންމެ އުނިސިފައަކުން) އެކަލާނގެ ހުސް طاهر ވަންތަ ކޮށް تقديس ކުރާ ބޭކަލުންނީމުއެވެ. تسبيح ކިޔާ ބޭކަލުންނީމުއެވެ."

  167. 167

    وَإِن كَانُوا۟ لَيَقُولُونَ

    Wa-ʹiñ kaanoo layaq̣ooloon,

    އަދި އެމީހުން- އެބަހީ مكة ގެ ކާފަރުން ބުނާކަމުގައި ވިޔަސްމެއެވެ. (އެމީހުން ބުނެއެވެ.)

  168. 168

    لَوْ أَنَّ عِندَنَا ذِكْرًا مِّنَ ٱلْأَوَّلِينَ

    Law ʹanna ʻiñdanaa Ẓikram minal ʹawwaleen,

    އިސްވެދިޔަ ފޮތްތައްފަދަ ފޮތެއް (توراة ފަދަ إنجيل ފަދަ ފޮތެއް) އަހުރެމެންގެ އަތުގައިވީނަމަ

  169. 169

    لَكُنَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ

    Lakunnaa ʻIbaadal laahil mukhlaṣeen!

    "ހަމަކަށަވަރުން އަހަރެމެންވެސް ﷲ އަށް إخلاص ތެރި އަޅުންކަމުގައިވީހެވެ." (ނަމަވެސް އެމީހުންގާތަށް ﷲ ފޮތް ކީރިތި قرآن އައި ހިނދު އެއަށް އެމީހުންވީ ކާފަރެވެ. އެހެންވެ ﷲ އެއަންގަވަނީ މިފަދައިންނެވެ.

  170. 170

    فَكَفَرُوا۟ بِهِۦ ۖ فَسَوْفَ يَعْلَمُونَ

    Fakafaroo bihee fasawfa yaʻlamoon!

    ފަހެ އެމީހުން އެފޮތަށް ކާފަރުވީއެވެ. އަދި ނިކަންހުރެ (އެމީހުންގެ އެކާފަރުކަމުގެ ފަހުކޮޅު އެކަމުގެ ނަތީޖާ) އެމީހުން ދެކޭނެއެވެ.

  171. 171

    وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا ٱلْمُرْسَلِينَ

    Wa-laq̣ad sabaq̣at Kalimatunaa liʻIbaadinal mursaleen;

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލިމަ ފުޅު ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިންވާ ރަސޫލު ބޭކަލުންނަށް އިސްވެގޮސްފައިވެއެވެ. (އެކަލިމަ ފުޅަކީ لأغْلِبَنَّ أَنَ وَرُسُلِى، މި ކަލިމަފުޅެވެ. އޭގެ މާނައަކީ ހަމަކަށަވަރުން ގަދަވެގަތުންވަނީ ތިމަންރަސްކަލާނގެއަށާއި އަދި ތިމަންރަސްކަލާނގެ ރަސޫލުންނަށެވެ. މިއެވެ.)

  172. 172

    إِنَّهُمْ لَهُمُ ٱلْمَنصُورُونَ

    ʹInnahum lahumul mañṣooroon,

    ހަމަކަށަވަރުން އެބޭކަލުންއެއީ ކަނޑައެޅިގެން ނަޞްރު ލިބިގެންވާނޭ ބޭކަލުންނެވެ.

  173. 173

    وَإِنَّ جُندَنَا لَهُمُ ٱلْغَـٰلِبُونَ

    Wa-ʹinna juñdanaa lahumul g̣aaliboon.

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ލަޝްކަރު (އެއީ رَسُوْلُ ބޭކަލުންނާއި އެބޭކަލުންނާއި ތަބަޢަވީމީހުންނެވެ.) އެއީ ގަދަވާނޭ މީހުންނެވެ.

  174. 174

    فَتَوَلَّ عَنْهُمْ حَتَّىٰ حِينٍ

    Fatawalla ʻanhum ḥattaa ḥeen,

    (އޭ ރަސޫލު ﷲ އެވެ!) އެމީހުން ފިޔަވައި ކަލޭގެފާނު އެނބުރިވަޑައިގަންނަވާށެވެ. އެމީހުންނާ ދިމާނުކުރައްވާށެވެ. ވަކިމުއްދަތެއް އަތުވެއްޖެއުމަށް ދާންދެނެވެ. (އެއީ ހަނގުރާމަ ކުރެއްވުމުގެ އަމުރުފުޅު އަންނަންދެނެވެ.)

  175. 175

    وَأَبْصِرْهُمْ فَسَوْفَ يُبْصِرُونَ

    Wa-ʹabṣirhum fasawfa yubṣiroon!

    އަދި (އެމީހުންނަށް عذاب އައިމާ) ކަލޭގެފާނު އެމީހުންނަށް ބައްލަވާށެވެ. ފަހެ ނިކަންހުރެ އެމީހުން ދެކޭނެއެވެ.

  176. 176

    أَفَبِعَذَابِنَا يَسْتَعْجِلُونَ

    ʹAfabiʻaẓaabinaa yastaʻjiloon?

    އެމީހުން ފަހެ އެއެދެނީ ތިމަންރަސްކަލާނގެ عذاب އަވަސް ވުމަށް ހެއްޔެވެ؟

  177. 177

    فَإِذَا نَزَلَ بِسَاحَتِهِمْ فَسَآءَ صَبَاحُ ٱلْمُنذَرِينَ

    Faʹiẓaa nazala bisaaḥatihim fasaaaʹa ṣabaaḥul muñẓareen!

    ފަހެ އެމީހުންގެ ގޯތިގެދޮރަށް عذاب އަތުވެއްޖެއްޔާ ނުވަތަ رسول الله ﷺ، مكة فتح ކުރެއްވުމަށް ވަޑައިގަތީމާ ދެން އޭރުން إنذار ކުރެވުނު މީހުންގެ ފަތިސް ނުބައިވެގެންވެއެވެ.

  178. 178

    وَتَوَلَّ عَنْهُمْ حَتَّىٰ حِينٍ

    Wa-tawalla ʻanhum ḥattaa ḥeen,

    ފަހެ ކަލޭގެފާނު އެމީހުން ފިޔަވައި މުއްދަތަކަށް އެނބުރިވަޑައިގަންނަވާށެވެ.

  179. 179

    وَأَبْصِرْ فَسَوْفَ يُبْصِرُونَ

    Wa-ʹabṣir fasawfa yubṣiroon!

    އަދި ކަލޭގެފާނު އެމީހުންނަށް ބައްލަވާށެވެ. ނިކަންހުރެ އެމީހުންވެސް ދެކޭނެއެވެ.

  180. 180

    سُبْحَـٰنَ رَبِّكَ رَبِّ ٱلْعِزَّةِ عَمَّا يَصِفُونَ

    Subḥaana Rabbika Rabbil ʻIzzati ʻammaa yaṣifoon!

    ކަލޭގެފާނުގެ رَب އެއީ عزة ވަންތަ رَب އެވެ. އެމީހުން އެސިފަކުރާ ސިފަކުރުން ތަކުން އެކަލާނގެ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ.

  181. 181

    وَسَلَـٰمٌ عَلَى ٱلْمُرْسَلِينَ

    Wa-Salaamun ʻalal mursaleen!

    އަދި ސަލާމާއި އަމާންކަން ހުރީ رسول ބޭކަލުންނަށެވެ.

  182. 182

    وَٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ

    Wal-Ḥamdu lillaahi Rabbil ʻAalameen.

    އަދި އެންމެހައި حمد އާއި تعريف އެއްހުރީ عالم ތަކުގެވެރި رب، ﷲ އަށެވެ.