Back to Quran

ސޫރަތްތައް 38

Sad

The Letter "Saad" · Makki · 88 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    صٓ ۚ وَٱلْقُرْءَانِ ذِى ٱلذِّكْرِ

    ṢAAAD Wal-Q̣urʹaani Ẓiẓ Ẓikr.

    ص: މިއަކުރުގެމާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. ذكرގެވެރި ނުވަތަ شرف ވެރި قرآن ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وحي ކުރައްވަމެވެ. (ކަންތައް އޮތީ އެ كافر ން ބުނާގޮތަކަށް ނޫނެވެ.)

  2. 2

    بَلِ ٱلَّذِينَ كَفَرُوا۟ فِى عِزَّةٍ وَشِقَاقٍ

    Balil laẓeena kafaroo fee ʻizzatiñw Washiq̣aaq̣.

    އަދި ކިޔެއްހެއްޔެވެ. ކާފަރު ވެއްޖެ މީސްތަކުން އެވަނީ ވަރަށްބޮޑު كبر ވެރިކަމާއި ބޮޑާކަމެއްގައެވެ. އަދި رسول الله ﷺ އާއި مؤمن ންނާއިމެދު خلاف ވެ عداوة ތެރިވުމެއްކަމުގައެވެ.

  3. 3

    كَمْ أَهْلَكْنَا مِن قَبْلِهِم مِّن قَرْنٍ فَنَادَوا۟ وَّلَاتَ حِينَ مَنَاصٍ

    Kam ʹahlaknaa miñ q̣ablihim miñ q̣arniñ fanaadaw walaata ḥeena manaaṣ!

    މި مكة މީހުންގެ ކުރިންތިމަންރަސްކަލާނގެ ހަލާކުކުރެއްވީ ކިތައްކިތައް أمة ހެއްޔެވެ؟ (އެއީ އެ أمة ތަކުގެ މީހުން އެމީހުންގެ رسول ންނަށް އީމާންނުވެގެންނެވެ.) އަދި އެމީހުންނަށް عذاب އައި ވަގުތު އެމީހުން ސަލާމަތަށްގޮވާ دعاء ކޮށް ހެދިއެވެ. އެކަމަކު އެވަގުތު އެއީ ގޮވިޔަސް ސަލާމަތްވާނެ ވަގުތެއްނޫނެވެ.

  4. 4

    وَعَجِبُوٓا۟ أَن جَآءَهُم مُّنذِرٌ مِّنْهُمْ ۖ وَقَالَ ٱلْكَـٰفِرُونَ هَـٰذَا سَـٰحِرٌ كَذَّابٌ

    Wa-ʻajibooo ʹañ jaaaʹahum Muñẓirun minhum! Wa-q̣aalal Kaafiroonna haaẓaa saaḥiruñ kaẓẓaab!

    އަދި އެމީހުން يعني مكة ގެ މީހުން އެ عجائب ވީ އެމީހުންގެ ތެރެއަށް އެމީހުންގެ ތެރެއިން إنذار ކުރައްވާނޭ رسول ބޭކަލަކު ވަޑައިގަނެގެންނެވެ. އަދި ކާފަރުން ބުނީ މިއީ سحر ވެރި ދޮގުވެރިއެއް ކަމުގައެވެ.

  5. 5

    أَجَعَلَ ٱلْـَٔالِهَةَ إِلَـٰهًا وَٰحِدًا ۖ إِنَّ هَـٰذَا لَشَىْءٌ عُجَابٌ

    ʹAjaʻalal ʹaalihata ʹIlaahañw Waaḥidaa? ʹInna haaẓaa lashayʹun ʻujaab!

    އެކަލޭގެފާނު އެހައްދަވަނީ މިހުރިހާ إله ންގެ ބަދަލުގައި އެންމެ إله އެކެވެ. (މިހުރިހާ ކަމެއް އެންމެ إلَهُ އަކަށް ވާނީ ކިހިނަކުން ހެއްޔެވެ؟ ނުވާނެއެވެ.) ހަމަކަށަވަރުން މިއީ ވަރަށް عَجَائِبُ ހުރިކަމެކެވެ.

  6. 6

    وَٱنطَلَقَ ٱلْمَلَأُ مِنْهُمْ أَنِ ٱمْشُوا۟ وَٱصْبِرُوا۟ عَلَىٰٓ ءَالِهَتِكُمْ ۖ إِنَّ هَـٰذَا لَشَىْءٌ يُرَادُ

    Wañṭalaq̣al malaʹu minhum ʻanim shoo waṣbiroo ʻalaaa ʹaalihatikum! ʹInna haaẓaa lashayʹuñy yuraad!

    އެމީހުންގެތެރެއިން ބޮޑެތިމީހުންގެ ޖަމާޢަތެއް ތެދުވެގެން ހިގައްޖެއެވެ. (އަދި އެމީހުން ދަމުންބުންޏެވެ.) "ކަލޭމެން ކަލޭމެންގެ ދީންމަތީ ސާބިތުވެ ތިބޭށެވެ! (އަދި މި مُحَمَّدُ ގެފާނުން ދައްކަވާ ވާހަކަނުއަހާށެވެ.) އަދި ކަލޭމެންގެ إلَهُ ން ތަކަށް އަޅުކަން ކުރުންމަތީ ޤާއިމުވެ ކެތްތެރިވާށެވެ. ހަމަކަށަކަވަރުން އެކަލޭގެފާނު އެއެދެނީ އަހުރެމެންނަށްވުރެން މަތިވެރިވެ އަހުރެމެންގެމައްޗަށް حُكُم ކުރާށެވެ.

  7. 7

    مَا سَمِعْنَا بِهَـٰذَا فِى ٱلْمِلَّةِ ٱلْـَٔاخِرَةِ إِنْ هَـٰذَآ إِلَّا ٱخْتِلَـٰقٌ

    Maa- samiʻnaa bihaaẓaa fil millatil ʹaakhirah: ʹin haaẓaaa ʹillakh tilaaq̣!

    އެންމެފަހުން އައި ދީނުގެފަރާތުންވެސް އަހުރެމެން އެފަދަ ވާހަކައެއްނުއަހަމެވެ. އެއީ ހަމަ އެކަލޭގެފާނުން ހަދައިގެންއުޅޭ ދޮގުވާހަކައެއްކަމުގައި މެނުވީ ނުވެއެވެ."

  8. 8

    أَءُنزِلَ عَلَيْهِ ٱلذِّكْرُ مِنۢ بَيْنِنَا ۚ بَلْ هُمْ فِى شَكٍّ مِّن ذِكْرِى ۖ بَل لَّمَّا يَذُوقُوا۟ عَذَابِ

    ʹA-ʹuñzila ʻalayhiẓ Ẓikru mim bayninaa? Bal hum fee shakkim miñ Ẓikree! Bal lammaa yaẓooq̣oo ʻAẓaab!

    އަދި އަހުރެމެން މިހެންތިއްބާ އަހުރެމެންގެތެރެއިން އޭނާއަށްވަކިން قرآن ބާވާއިލެއްވީ ހެއްޔެވެ؟ الله وَحِي ކުރެއްވިއެވެ. (އެހެންނަކުންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުން އެވަނީ ތިމަންރަސްކަލާނގެ ذِكْرُ އާމެދު އެބަހީ قرآن އާއިމެދު ނުވަތަ وَحِي އާއިމެދު ޝައްކެއްގައެވެ. އަދި ކިއެއްހެއްޔެވެ؟ އަދި މިހާތަނަށް ތިމަންރަސްކަލާނގެ عَذَابُ ގެރަހަ އެމީހުންނަށް ނުފެންނަނީއެވެ.

  9. 9

    أَمْ عِندَهُمْ خَزَآئِنُ رَحْمَةِ رَبِّكَ ٱلْعَزِيزِ ٱلْوَهَّابِ

    ʹAm ʻiñdahum khazaaaʹinu Raḥmati Rabbikal ʻAzeezil Wahhaab?

    (އޭ رَسُولُ الله އެވެ.) ކަލޭގެފާނުންގެ عِزَّة ވަންތަ އަދި ގިނަގިނައިންދެއްވާ رَبُّ ގެ رَحْمَة ގެ خَزَانَة ތައް އެމީހުންގެ އަތުގައިވަނީބާވައެވެ؟ (އެމީހުން އެދޭމީހަކަށް ނަބީކަމާއި ރަސޫލުކަން އެމީހުންނަށް ދެވުނީހީ އެހެންނަމަތާއެވެ.)

  10. 10

    أَمْ لَهُم مُّلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ۖ فَلْيَرْتَقُوا۟ فِى ٱلْأَسْبَـٰبِ

    ʹAm lahum mulkus samaawaati wal-ʹarḍi wa-maa baynahumaa? Falyartaq̣oo fil ʹasbaab!

    ނުވަތަ އުޑުތަކާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެތީގެ މިލްކުވެރިކަން އެމީހުންގެ އަތުގައިވަނީ ހެއްޔެވެ؟ (އެމީހުން ބޭނުންމީހަކަށް ބޭނުން އެއްޗެއްދީ އަދިބޭނުންނޫންމީހަކަށް ނުދީ ހިފަހައްޓާނީ އެހެންނަމަތާއެވެ.) ދެން އެމީހުން އެހީކުރާގޮތަށް އުޑާއި ބިމުގެ މިލްކުވާނަމަ އެމީހުން ނިކަން އުޑަށް އަރައިބަލާށެވެ. އަދި مُحَمَّد ގެފާނަށް ބާވައިލައްވާ وَحِي ބަންދުކޮށްބަލާށެވެ.

  11. 11

    جُندٌ مَّا هُنَالِكَ مَهْزُومٌ مِّنَ ٱلْأَحْزَابِ

    Juñdum maa hunaalika mahzoomum minal ʹaḥzaab.

    އެމީހުންނަކީ އިސްވެދިޔަ އުއްމަތްތަކުގައި ތިބިކާފަރުން ފަދައިން އެތާ - އެބަހީ ބަދުރުގެ ދުވަހު ނުވަތަ މައްކާ ފަތަޙަވާ ދުވަހުން ބަލިވެގެންދާނޭ ލަޝްކަރެކެވެ.

  12. 12

    كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَعَادٌ وَفِرْعَوْنُ ذُو ٱلْأَوْتَادِ

    Kaẓẓabat q̣ablahum Q̣awmu Nooḥiñw WaʻAaduñw Wa-Firʻawnu Ẓul ʹawtaad,

    އެމީހުންގެ ކުރިން އެބަހީ މައްކާގެ އަހުލުވެރިންގެ ކުރިންވެސް نوح قوم ގެމީހުންނާއި عَادُ ބާގައިގެމީހުންނާއި އަދި ކަޑަތަކުގެވެރި فرعون ގެމީހުންނާއި އެ އެންމެންވެސް އެމީހުންގާތަށް ފޮނުވުނު ރަސޫލުން އެމީހުން ދޮގުކުރިއެވެ.

  13. 13

    وَثَمُودُ وَقَوْمُ لُوطٍ وَأَصْحَـٰبُ لْـَٔيْكَةِ ۚ أُو۟لَـٰٓئِكَ ٱلْأَحْزَابُ

    Wa-S̤amoodu wa-Q̣awmu Looṭiñw waʹAṣḥaabul ʹAykah;― ʹulaaaʹikal ʹAḥzaab.

    އަދި ثمود ބާގައިގެމީހުންނާއި އަދި لوط قوم ގެމީހުންނާއި އަދި أَيْكَةُ އެކުވެރިންނާއި (އެއީ شُعَيْبُ عَلَيْه السلام ދީނަށް ގޮވައިލެއްވި ބައެކެވެ.) ބޮޑެތި ގަދަ ޖަމާޢަތްތަކަކީ އެއީއެވެ.

  14. 14

    إِن كُلٌّ إِلَّا كَذَّبَ ٱلرُّسُلَ فَحَقَّ عِقَابِ

    ʹIñ kullun ʹillaa kaẓẓabar rusula faḥaq̣q̣a ʻIq̣aab.

    އެހުރިހާމީހުންވެސް އެމީހުންގާތަށް ފޮނުވުނު ރަސޫލުބޭކަލުން ދޮގުކުރިބަޔަކު ކަމުގައިމެނުވީ ނުވެއެވެ. ދެން ފަހެ އެމީހުންގެމައްޗަށް ތިމަންރަސްކަލާނގެ عُقُوبَة حَقُّ ވެއްޖެއެވެ. (އެމީހުންނަށް ޢަޒާބު އައީއެވެ.)

  15. 15

    وَمَا يَنظُرُ هَـٰٓؤُلَآءِ إِلَّا صَيْحَةً وَٰحِدَةً مَّا لَهَا مِن فَوَاقٍ

    Wa-maa yañz̤̣uru haaaʹulaaaʹi ʹillaa Ṣayḥatañw waaḥidatam maa lahaa miñ fawaaq̣.

    އަދި މިއެންމެންވެސް ހަމައެކަނި އެންމެ އަޑުފަށަކަށްމެނުވީ (ތާޅަފިލި ފުންމަވާލެއްވުމަށްމެނުވީ) إنْتِظَارُ ނުކުރެއެވެ. އެއަޑުފަށަށް އެއްވެސް ހުއްޓުމެއްނުވެއެވެ.

  16. 16

    وَقَالُوا۟ رَبَّنَا عَجِّل لَّنَا قِطَّنَا قَبْلَ يَوْمِ ٱلْحِسَابِ

    Wa-q̣aaloo Rabbanaa ʻajjil lanaa q̣iṭṭanaa q̣abla Yawmil Ḥisaab!

    އަދި އެމީހުން އެބަހީ ކާފަރުން ބުންޏެވެ. "އޭއަޅަމެންގެ رَبُّ އެވެ. އަޅަމެންނަށް އޮތް އެއްޗެއްވިއްޔާ (ހެވަސް ނުބަޔަސް) ހިސާބު ބައްލަވާދުވަހުގެކުރިން އަޅަމެންނަށް އަވަސްކޮށްދެއްވާށެވެ." (އެއީ عَذَاب އަކަސް ثَوَاب އަކަސް މެއެވެ.)

  17. 17

    ٱصْبِرْ عَلَىٰ مَا يَقُولُونَ وَٱذْكُرْ عَبْدَنَا دَاوُۥدَ ذَا ٱلْأَيْدِ ۖ إِنَّهُۥٓ أَوَّابٌ

    ʹIṣbir ʻalaa maa- yaq̣ooloona waẓkur ʻAbdanaa Daawooda Ẓal ʹayd: ʹinnahooo ʹawwaab.

    (އޭ رَسُولُ الله އެވެ!) އެމީހުން އެބުނާއެއްޗެއްސާއި މެދު ކެތްތެރިވެވަޑައިގަންނަވާށެވެ. އަދި ތިމަންރަސްކަލާނގެ އަޅާ دَاوُد ހަނދުމަފުޅު ކުރައްވާށެވެ. އެކަލޭގެފާނަކީ ދީނުގެ ކަންތަކުގައި ގަދައަތެއްވާބޭކަލެކެވެ. ހަމަކަށަވަރުން އެކަލޭގެފާނަކީ ގިނަގިނައިން ﷲ އަށް تَوْبَة ވެ ވަޑައިގަންނަވާ ބޭކަލެކެވެ.

  18. 18

    إِنَّا سَخَّرْنَا ٱلْجِبَالَ مَعَهُۥ يُسَبِّحْنَ بِٱلْعَشِىِّ وَٱلْإِشْرَاقِ

    ʹInnaa sakhkharnal jibaala maʻahoo yusabbiḥna bilʻashiyyi wal-ʹishraaq̣,

    އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ފަރުބަދަތައް ކިޔަމަންކުރެއްވީމެވެ. އެތަކެތި އެކަލޭގެފާނާއިއެކު ހަވީރުގެ ވަގުތުގައްޔާއި އަދި ހެދުނުގެ ވަގުތުގައި تسبيح ކިޔައެވެ. ﷲ ހުސްطاهر ވަންތަކުރެއެވެ.

  19. 19

    وَٱلطَّيْرَ مَحْشُورَةً ۖ كُلٌّ لَّهُۥٓ أَوَّابٌ

    Waṭṭayra maḥshoorah: kullul lahooo ʹawwaab.

    އަދި ދޫނިތައް ބައިބަޔަށް ޖައްވުގެތެރޭގައި ޖަމާވެ ހިފެހެއްޓިގެންވެއެވެ. އެހުރިހާތަކެތި އެކަލޭގެފާނަށް ކިޔަމަންތެރިވެގެންވެއެވެ. އެކަލޭގެފާނާއިއެކު ﷲ އަށް تسبيح ކިޔާނެއެވެ.

  20. 20

    وَشَدَدْنَا مُلْكَهُۥ وَءَاتَيْنَـٰهُ ٱلْحِكْمَةَ وَفَصْلَ ٱلْخِطَابِ

    Wa-shadadnaa mulkahoo wa-ʹaataynaahul ḥikmata wa-faṣlal khiṭaab.

    އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ވެރިކަން ގަދަކޮށްދެއްވީމެވެ. (އެއީ عداوة ތެރިންގެ މައްޗަށް އެކަލޭގެފާނަށް نصرދެއްވައި مادّى އަދި روحانى ބާރުތައް ދެއްވައިގެންނެވެ.) އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް حكمة ދެއްވީމެވެ. އެއީ نبي ކަމާއި އެކަލޭގެފާނު ކުރައްވާ ކޮންމެ حكم އެއްގެ معرفة ވެރިކަމެވެ. އަދި ނިޔާކުރެއްވުމުގެ ރަނގަޅު ގޮތާއި ރަނގަޅުވިސްނުން ދެއްވީމެވެ. (ވާހަކަ ވަކިކުރުމާއި حكم ވަކިކުރެއްވުމުގެ ހުނަރުވެރިކަން ދެއްވީމެވެ.) * ދަންނައެވެ. فصل الخطاب އަކީ ކޮން އެއްޗެއް ކަމާއިމެދު مفسر ންގެ ބަސް ތަފާތެވެ. މިފޮތުގައި ލިޔެވިފައިވަނީ އޭގެތެރެއިން ދެގޮތެކެވެ. والله أعلم.

  21. 21

    ۞ وَهَلْ أَتَىٰكَ نَبَؤُا۟ ٱلْخَصْمِ إِذْ تَسَوَّرُوا۟ ٱلْمِحْرَابَ

    Wa-hal ʹataaka nabaʹul khaṣm? ʹIẓ tasawwarul miḥraab;

    (އޭ رسول الله އެވެ.) دعوى ކުރާ خصم ންގެ خبر ކަލޭގެފާނުންގެ އަރިހަށް އައިތޯއެވެ؟ محراب ގެ ފާރުމަތިން (داود عليه السّلام އިންނެވި منزل ގެ ފާރުމަތިން އެދެ خصم ން އެރި ހިދުންނެވެ.

  22. 22

    إِذْ دَخَلُوا۟ عَلَىٰ دَاوُۥدَ فَفَزِعَ مِنْهُمْ ۖ قَالُوا۟ لَا تَخَفْ ۖ خَصْمَانِ بَغَىٰ بَعْضُنَا عَلَىٰ بَعْضٍ فَٱحْكُم بَيْنَنَا بِٱلْحَقِّ وَلَا تُشْطِطْ وَٱهْدِنَآ إِلَىٰ سَوَآءِ ٱلصِّرَٰطِ

    ʹIẓ dakhaloo ʻalaa Daawooda fafaziʻa minhum q̣aaloo laa- takhaf: khaṣmaani bag̣aa baʻḍunaa ʻalaa baʻḍiñ faḥkum̃ baynanaa bilḥaq̣q̣i wa-laa tushṭiṭ wahdinaaa ʹilaa sawaaaʹiṣ ṣiraaṭ...

    އެމީހުން داود عليه السّلام ގެއަރިހަށް އައިހިނދުން އެކަލޭގެފާނުން ސިހިވަޑައިގެންނެވިއެވެ. އެބޭކަލުންދެންނެވިއެވެ. "ކަލޭގެފާނު ބިރުފުޅުގެންވަޑައި ނުގަންނަވާށެވެ. އަހުރެމެންދެމީހުންނަކީ ދެ خَصْمُ ންނެވެ. މައްސަލައެއްގައި (قَضِيَّة އެއްގައި) ނިޔާއެއްކޮށްދެއްވުން އެދިގެން އައީއެވެ. (دّعْوَى ކުރާމީހަކާއި دّعْوَى ލިބޭމީހެކެވެ.) އަހުރެމެންދެމީހުން އެކަކު އަނެކަކުގެމައްޗަށް ރުޅިއައިސްގެން ޢަދާވަތްތެރިވީއެވެ. ފަހެ ކަލޭގެފާނުން އަހުރެމެންގެމެދުގައި ހަމަ حَقُّ ގޮތުގައި حُكُم ކޮށްދެއްވާށެވެ. އަދި ކަލޭގެފާނުން حُكُم ގައި އަނިޔާވެރިވެ ވަޑައި ނުގަންނަވާށެވެ! އަދި އަޅުގަޑުމެންނަށް ހަމަސީދާ ތެދުމަގަށް މަގުދައްކަވާ ބައްލަވާށެވެ."

  23. 23

    إِنَّ هَـٰذَآ أَخِى لَهُۥ تِسْعٌ وَتِسْعُونَ نَعْجَةً وَلِىَ نَعْجَةٌ وَٰحِدَةٌ فَقَالَ أَكْفِلْنِيهَا وَعَزَّنِى فِى ٱلْخِطَابِ

    ʹInna haaẓaaa ʹakhee: lahoo tisʻuñw watisʻoona naʻjatañw waliya naʻjatuñw waaḥidah: faq̣aala ʹakfilneehaa wa-ʻazzanee fil khiṭaab.

    " އަޅުގަޑުމެންގެ މިމައްސަލައަކީ މިއިނީ ދީނީގޮތުން އަޅުގަނޑުގެ أَخُ އެވެ. އެނާއަށް ނުވަދިހަ ނުވަބަކަރިވެއެވެ. އަދި އަހުރެންނަށްވަނީ އެންމެ ބަކަރިއެކެވެ. ދެންފަހެ އޭނާއެ އެދެނީ އަހުރެންގެ އަތުގައިވާ އެންމެ ބަކަރިވެސް އޭނާއަށް މިލްކުކޮށްދޭށެވެ. އަދި ވާހަކަ ދެއްކުމުގައި ޖަދަލުކުރުމުގެ ގޮތުން އޭނާ އަހުރެންގެ މައްޗަށް ގަދަވެގެންފިއެވެ."

  24. 24

    قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَىٰ نِعَاجِهِۦ ۖ وَإِنَّ كَثِيرًا مِّنَ ٱلْخُلَطَآءِ لَيَبْغِى بَعْضُهُمْ عَلَىٰ بَعْضٍ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَقَلِيلٌ مَّا هُمْ ۗ وَظَنَّ دَاوُۥدُ أَنَّمَا فَتَنَّـٰهُ فَٱسْتَغْفَرَ رَبَّهُۥ وَخَرَّ رَاكِعًا وَأَنَابَ ۩

    Q̣aala laq̣ad z̤̣alamaka bisuʹaali naʻjatika ʹilaa niʻaajih: wa-ʹinna kas̤eeram minal khulaṭaaaʹi layabg̣ee baʻḍuhum ʻalaa baʻḍin ʹillal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati wa-q̣aleelum maa hum! Wa-z̤̣anna Daawoodu ʹannamaa fatannaahu fastag̣fara Rabbahoo wa-kharra raakiʻañw waʹanaab.

    داود عليه السّلام އަނެއްމީހާގެވާހަކައަށް ބައްލަވައިނުލައްވައި دَعْوَى ކުރާމީހާއާއި ދިމާލަށްވިދާޅުވިއެވެ. "އޭނާގެބަކަރިތަކުގެތެރެއަށް ލުމަށްޓަކައި ކަލޭގެބަކަރިދޭން އެނާ ކަލޭގެކިބައިން އެދުނުކަންއެއީ އޭނާކަލެއަށްކުރި އަނިޔާއެކެވެ. ހަމަކަށަވަރުން އީމާންވެގެން صَالِحُ عَمَلُ ކުރިމީހުން މެނުވީ (އެއީ މަދުބައެކެވެ.) ވަރަށްގިނަ ބައިވެރިން އޭގެ އެއްބައެއްގެމައްޗަށް އަނެއްބަޔަކު އަނިޔާވެރިވެއެވެ! ދަންނައެވެ. މިހިސާބަށްވާހަކަ ދިޔަތަނާ ސަރިއަތަށް އައިސްތިބިދެމީހުން ގެއްލިއްޖެއެވެ. تَفْسِيْرُ عِلمُ ވެރިންގެތެރޭގައި މަޝްހޫރުވެގެންވަނީ އެއީ داود عليه السّلام إمْتِحَانُ ކުރެއްވުމަށް ﷲ ފޮނުއްވި ދެމަލާއިކަތްބޭކަލުން ކަމަށެވެ. داود عليه السّلام ގެ حُكُم ފުޅުގައި ޢަދުލުވެރިކަމުން ނެއްޓޭފަދަ ގޮތެއްމެދުވެރިވީކަމުގައި عِلمُ ވެރިން ލިއުއްވައެވެ. އެއީ دَعْوَى ކުރިމީހާގެވާހަކަ އެކަނި އައްސަވާފައި އަނެއްމީހާގެވާކަ ނާއްސަވައި حُكُم ކުރެއްވެވިކަމެވެ.\nދެންފަހެ އެދެބޭކަލުން އެތަނުން ގެއްލުމުން - غائب ވުމުން ﷲ އެކަލޭގެފާނު إمتحان ކުރެއްވީކަން داود عليه السلام އަށް يقين ފުޅުވެއްޖެއެވެ. ދެންފަހެ އެކަލޭގެފާނުންގެ رب ގެ حضرةގައި އެކަލޭގެފާނުންގެ ފާފަފުއްސެވުމަށް އެދިވަޑައިގެންދެންނެވިއެވެ. އަދި سجدة އަށް ތިރިވެވަޑައިގެންނެވިއެވެ.

  25. 25

    فَغَفَرْنَا لَهُۥ ذَٰلِكَ ۖ وَإِنَّ لَهُۥ عِندَنَا لَزُلْفَىٰ وَحُسْنَ مَـَٔابٍ

    Fag̣afarnaa lahoo ẓaalik: wa-ʹinna lahoo ʻiñdanaa lazulfaa wa-ḥusna maʹaab.

    ﷲ އެކަލޭގެފާނަށް ފާފަ ފުއްސެވި ކަމުގައި وحي ކުރެއްވިއެވެ. އަދި وحي ކުރެއްވިއެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނަށް ތިމަންރަސްކަލާނގެ حضرة ގައި ގާތްކަމާއި އަދި އެނބުރި ދާތަނުގެ ރަނގަޅުކަން ހުއްޓެވެ. ސުވަރުގެ ހުއްޓެވެ. އަދި މި آية ގެ تفسير ލިޔުއްވި ބައެއް ބޭކަލުން ގެންނަވާފައިވާ إسرائيلى ބައެއް ރިވާޔަތްވެއެވެ. އޭގެތެރޭގައި رسول ބޭކަލުންގެ درجة ފުޅާއި އެކަށީގެންނުވާ ވާހަކަވެސްވެއެވެ. އެހެންވެ އެބާވަތުގެވާހަކަ ލިޔާހިތްނުވީއެވެ. والله أعلم.

  26. 26

    يَـٰدَاوُۥدُ إِنَّا جَعَلْنَـٰكَ خَلِيفَةً فِى ٱلْأَرْضِ فَٱحْكُم بَيْنَ ٱلنَّاسِ بِٱلْحَقِّ وَلَا تَتَّبِعِ ٱلْهَوَىٰ فَيُضِلَّكَ عَن سَبِيلِ ٱللَّهِ ۚ إِنَّ ٱلَّذِينَ يَضِلُّونَ عَن سَبِيلِ ٱللَّهِ لَهُمْ عَذَابٌ شَدِيدٌۢ بِمَا نَسُوا۟ يَوْمَ ٱلْحِسَابِ

    Yaa-Daawoodu ʹinnaa jaʻalnaaka Khaleefatañ fil ʹarḍi faḥkum̃ baynan naasi bilḥaq̣q̣i wa-laa tattabiʻil hawaa fayuḍillaka ʻañ Sabeelil laah: ʹinnal laẓeena yaḍilloona ʻañ Sabeelil laahi lahum ʻaẓaabuñ shadeedum bimaa nasoo Yawmal Ḥisaab.

    (ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ.) އޭ داود އެވެ. ހަމަކަށަވަރުން ބިމުގައި خَلِيْفَة އެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނުލެއްވީމެވެ. އެހެންވެ މީސްތަކުންގެމެދުގައި عَدْلُ ވެރި ހަމަޙައްޤު ގޮތުގައި حُكُم ކުރައްވާށެވެ. ފަހެ އެހެންނޫންނަމަކަލޭގެފާނު الله މަގުން ކަހައިލާ ފުރެދިވަޑައިގެންފާނެއެވެ. (މަގުފުރެދިދާނެއެވެ.) ހަމަކަށަވަރުން ﷲ ގެމަގުން ފުރެދޭމީހުން (ދަންނައެވެ.) އެމީހުންނަށް ހުންނަހުރީ ގަދަވެގެންވާ ޢަޒާބެވެ. އެއީ ހިސާބުބައްލަވާދުވަސް އެމީހުން ހަދާންނެތުމުގެ ސަބަބުންނެވެ.

  27. 27

    وَمَا خَلَقْنَا ٱلسَّمَآءَ وَٱلْأَرْضَ وَمَا بَيْنَهُمَا بَـٰطِلًا ۚ ذَٰلِكَ ظَنُّ ٱلَّذِينَ كَفَرُوا۟ ۚ فَوَيْلٌ لِّلَّذِينَ كَفَرُوا۟ مِنَ ٱلنَّارِ

    Wa-maa khalaq̣nas samaaaʹa wal-ʹarḍa wa-maa baynahumaa baaṭilaa! Ẓaalika z̤̣annul laẓeena kafaroo! Fawaylul lil-laẓeena kafaroo minan Naar!

    އަދި އުޑާއިބިން ތިމަންރަސްކަލާނގެ بَاطِلُ ގޮތެއްގައި ނުހައްދަވަމެވެ. އެއީ ކާފަރުން ހީކުރާގޮތެވެ (އެބަހީ އުޑާއިބިން ހައްދަވާފައިވަނީ بَاطِلُ ގޮތެއްގައި ކަމުގައިހީކުރާނީ ކާފަރުންނެވެ.) ފަހެ ކާފަރުންނަށް ނަރަކައިގެ ގަދަޢަޒާބު ހުއްޓެވެ.

  28. 28

    أَمْ نَجْعَلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ كَٱلْمُفْسِدِينَ فِى ٱلْأَرْضِ أَمْ نَجْعَلُ ٱلْمُتَّقِينَ كَٱلْفُجَّارِ

    ʹAm najʻalul laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati kalmufsideena fil ʹarḍ? ʹAm najʻalul muttaq̣eena kalfujjaar?

    އަދިކިއެއްހެއްޔެވެ؟ އީމާންވެގެން صَالِحُ عَمَلُ ކުރިމީހުން ބިންމަތީގައި ފަސާދަކުރާމީހުންފަދައިން ތިމަންރަސްކަލާނގެ ލައްވާނެހެއްޔެވެ؟ ނުވަތަ تَقْوَى ވެރިން ނުބައި ނުލަފާމީހުންފަދައިން ތިމަންރަސްކަލާނގެ ލައްވާނެހެއްޔެވެ؟ (އެހެން ނުހައްދަވާނެކަން ކަށަވަރެވެ.) ނުބައިނުލަފާމީހުންނަށް ޤިޔާމަތްދުވަހުން ހުންނާނީ ނަރަކައެވެ. އަދިއެތާގެ ޢަޒާބެވެ. އަދި މުއުމިނު تَقْوَى ވެރިން ނަށް ހުންނަހުށީ ސުވަރުގެއެވެ. އަދިއެތާގެ نِعْمَة އެވެ.

  29. 29

    كِتَـٰبٌ أَنزَلْنَـٰهُ إِلَيْكَ مُبَـٰرَكٌ لِّيَدَّبَّرُوٓا۟ ءَايَـٰتِهِۦ وَلِيَتَذَكَّرَ أُو۟لُوا۟ ٱلْأَلْبَـٰبِ

    Kitaabun ʹañzalnaahu ʹilayka mubaarakul liyaddabbarooo ʹAayaatihee wa-liyataẓakkara ʹulul ʹalbaab.

    ކީރިތި قُرْآن އަކީ ތިމަންރަސްކަލާނގެ ކަލޭގެފާނަށްބާވައިލެއްވި ފޮތެކެވެ. އޭގައި ގިނަ ހެޔޮތަކާއި ބަރަކާތްތައް އެކުލެވިގެންވާ މުބާރަކު ފޮތެކެވެ. އެފޮތްބާވާތްލެއްވީ އެފޮތުގެއާޔަތް ތަކަށްވިސްނާ ފިކުރު ކުރުމަށްޓަކައެވެ. (އަދި އޭގައިވާ ފަދައަކުން ޢަމަލުކުރުމަށްޓަކައެވެ. ހަމައެކަނި ކިޔަވައިލުމަށްޓަކައެއްނޫނެވެ.) ފަހެ ބުއްދިވެރި ވިސްނުންތެރިން އެފޮތުން نَصِيْحَة އާއި وَعْظُ ލިބިގަންނަހުށިކަމެވެ.

  30. 30

    وَوَهَبْنَا لِدَاوُۥدَ سُلَيْمَـٰنَ ۚ نِعْمَ ٱلْعَبْدُ ۖ إِنَّهُۥٓ أَوَّابٌ

    Wa-wahabnaa li-Daawooda Sulaymaan: niʻmal ʻAbd! ʹInnahooo ʹawwaab!

    އަދިތިމަންރަސްކަލާނގެ داود ގެފާނަށް سُلَيْمَانُ ގެފާނުން ދެއްވީމެވެ. (عَلَيْهِمَا السلام) އެއީ އެބަހީ سُلَيْمَانُ ގެފާނުންނަކީ ނިޢުމަތް ލިބެވިގެންވާ ރަނގަޅު އަޅާއެވެ. ހަމަކަށަވަރުން އެކަލޭގެފާނަކީ ގިނަގިނައިން ތައުބާވެވަޑައިގަންނަވާ އަޅެކެވެ.

  31. 31

    إِذْ عُرِضَ عَلَيْهِ بِٱلْعَشِىِّ ٱلصَّـٰفِنَـٰتُ ٱلْجِيَادُ

    ʹIẓ ʻuriḍa ʻalayhi bilʻashiyyiṣ ṣaafinaatul jiyaad;

    އެއްމޮއްގަޑު އުފުލައިގެންއޮންނަ ބާރަށްދުވާއަސް ހަވީރުގެވަގުތު އެކަލޭގެފާގެ އެބަހީ سُلَيْمَانُ ގެފާނުންގެ އަރިހަށް ގެނެވި ހުށައެޅުނުހަދާން ކުރައްވާ ބައްލަވާށެވެ!

  32. 32

    فَقَالَ إِنِّىٓ أَحْبَبْتُ حُبَّ ٱلْخَيْرِ عَن ذِكْرِ رَبِّى حَتَّىٰ تَوَارَتْ بِٱلْحِجَابِ

    Faq̣aala ʹinneee ʹaḥbabtu ḥubbal khayri ʻañ ẓikri Rabbee,― ḥattaa tawaarat bilḥijaab:

    އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެން އަހުރެންގެ އަހަށްވާލޯބި އަހުރެންގެ رَبُّ އަށްވާލޯތްބަށްވުރެ އިސްކުރެވިއްޖެއެވެ. (عَصْرُ ނަމާދުވެސް އެއަހާއިހެދި ފާއިތުވީއެވެ.) އިރުއޮއްސެދެން އެއަހާއިގެން مَشْغُولُ ވެވުނީއެވެ.

  33. 33

    رُدُّوهَا عَلَىَّ ۖ فَطَفِقَ مَسْحًۢا بِٱلسُّوقِ وَٱلْأَعْنَاقِ

    Ruddoohaa ʻalayy. faṭafiq̣a mas-ḥam bissooq̣i wal-ʹaʻnaaq̣.

    އެކަލެގެފާނުން ވިދާޅުވިއެވެ. އެއަސް އަހުރެންނައި ހަމައަށް ގެންނާށެވެ. އަސްގެނެވުމުން އޭގެފައިދަޑީގައްޔާއި އޭގެކަރުގައި އަތްޕުޅު ކާއްތަވަންފެއްޓެވިއެވެ. * އަދި ބައެއްރިވާޔަތުގައިވާގޮތުން އޭތިކަތިލައި އޭގެކަރާއި އަތްފައިކެޑުއްވީއެވެ. (އެއީ އޭގެސަބަބުން ﷲގެ ذِكْرُ ން އެކަލޭގެފާނުން ހަދުމަނެތިނުވުމަށްޓަކައެވެ. والله أعلم)

  34. 34

    وَلَقَدْ فَتَنَّا سُلَيْمَـٰنَ وَأَلْقَيْنَا عَلَىٰ كُرْسِيِّهِۦ جَسَدًا ثُمَّ أَنَابَ

    Wa-laq̣ad fatannaa Sulaymaana wa-ʹalq̣aynaa ʻalaa kursiyyihee jasadañ s̤umma ʹanaab:

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ سُلَيْمَانُ ގެފާނު إمْتِحَانُ ކުރެއްވީމެވެ. އަދި އެކަލޭގެފާނުގެ ގޮޑިކޮޅުގައި ތިމަންރަސްކަލާނގެ ހަށިގަޑެއް ނުވަތަ (ދެބައިކުޅައެއްބައިގެ އިންސާނެއް) ނުވަތަ ވާވެފައިވާ އިންސާނެއް ބެއިންދީމެވެ. ދެން އެކަލޭގެފާނުންތައުބާވެވަޑައިގެންނެވިއެވެ. ﷲ ގެ حَضْرَةُ އަށް رُجُوعَ ވެވަޑައިގެންނެވިއެވެ.\n* ދަންނައެވެ. صَحِيْحُ ގައި ރިވާވެގެންވާފަދައިން އެއްދުވަހަކު سُلَيْمَانُ ގެފާނުވިދާޅުވިއެވެ. މިރޭއަހުރެން ސަތޭކަޖާރިޔާއިންނާއި (އަދި އެހެން ރިވާޔަތެއްގައިވަނީ ނުވަދިހަ އަންހެނުންނާއި) جِمَاعُ ވާހުށީމެވެ. ދެން އޭރުން އެއިންކޮންމެ އަންހެނަކު ފިރިހެންކުއްޖަކު ވިހާނެއެވެ. ދެންއެކުއްޖާ ހަނގުރާމައިގެ ފަހުލަވާނަކަށްވެގެން ﷲ ގެމަގުގައި جِهَادُ ކުރާނެއެވެ. އެކަލޭގެފާނު އެހެންވިދާޅުވިހިދު إنْشَاء الله އެކޭވިދާޅެއްނުވެވުނެވެ. ދެން އެކަލޭގެފާނުން އަންހެނުންތަކާއި جِمَاعُ ވިއެވެ. އެހެންނަމަވެސް އެއިން އެންމެ އަންހެނެއްމެނުވީ ނުވިހައެވެ. އަދި ވިހެއިމީހާ ވިހެއީވެސް މީހެއްގެ އެއްބުރިއެވެ. ނުވަތަ އެއްބައި ވާވެފައިވާކުއްޖެކެވެ. އެކުއްޖާ ވިހެއިހިދުން سُلَيْمَانُ ގެފާނު ގެއަރިހަށް ގެނެވުނެވެ. އަދި އެކަލޭގެފާނުންގެ ރަސްމީ ގޮޑިކޮޅުގައި ބޭންދެވިއެވެ. މިއެވެ. ދެން އެކަލޭގެފާނު ތައުބާވެވަޑައިގެންނެވިއެވެ.

  35. 35

    قَالَ رَبِّ ٱغْفِرْ لِى وَهَبْ لِى مُلْكًا لَّا يَنۢبَغِى لِأَحَدٍ مِّنۢ بَعْدِىٓ ۖ إِنَّكَ أَنتَ ٱلْوَهَّابُ

    Q̣aala Rabbig̣ fir lee wa-hab lee Mulkal laa yambag̣ee liʹaḥadim mim baʻdee: ʹinnaka ʹAñtal Wahhaab.

    އެކަލޭގެފާނުން الله އަށް ދެންނެވިއެވެ. " އޭއަޅުގެ رَبُّ އެވެ! މިއަޅާގެފަހުން އެއްވެސްމީހަކަށް އެކަށީގެންނުވާވަރުގެ ވެރިކަމެއް މިއަޅާއަށް ދެއްވާދޭވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ދެއްވާކަލާނގެއެވެ".

  36. 36

    فَسَخَّرْنَا لَهُ ٱلرِّيحَ تَجْرِى بِأَمْرِهِۦ رُخَآءً حَيْثُ أَصَابَ

    Fasakhkharnaa lahur Reeḥa tajree biʹamrihee rukhaaaʹan ḥays̤u ʹaṣaab,―

    ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށްޓަކައި ވައި ކިޔަމަންކުރެއްވީމެވެ. އެކަލޭގެފާނުން ވިދާޅުވިތާކަށް އެލޭގެފާނުން ގޮވައިގެން ދަތުރުކުރެއެވެ. (މިވާހަކަ سَبَأَ ސޫރަތުގައިވެސް ބަޔާންވެގެންވެއެވެ.)

  37. 37

    وَٱلشَّيَـٰطِينَ كُلَّ بَنَّآءٍ وَغَوَّاصٍ

    Washshayaaṭeena kulla bannaaaʹiñw wag̣awwaaṣ,―

    އަދި ޢިމާރާތްތަކާއި އެކިއެކިތަންތަން ބިނާކުރާ ކޮންމެ شَيْطَانُ އަކާއި އަދި ކަނޑުގެ އަޑިއަށްފީނާ ކޮންމެ شَيْطَانُ އަކާއި ވެސް ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ކިޔަމަންކޮށްދެއްވީމެވެ. (އެސޮރުމެން ކަނޑުގެ އަޑިން ރަންމުތާއި ޖަވާހިރު ނަގައެވެ.)

  38. 38

    وَءَاخَرِينَ مُقَرَّنِينَ فِى ٱلْأَصْفَادِ

    Wa-ʹaakhareena muq̣arraneena fil ʹaṣfaad.

    އަދި އަނެއްބައި شَيْطَانُ ން ދަގަޑުގެ ޤައިދުތަކުގައި / ދަގަޑު ޗޭނުގައި ބަދެވިގެންވެއެވެ.

  39. 39

    هَـٰذَا عَطَآؤُنَا فَٱمْنُنْ أَوْ أَمْسِكْ بِغَيْرِ حِسَابٍ

    Haaẓaa ʻAṭaaaʹunaa famnun ʹaw ʹamsik big̣ayri ḥisaab.

    އަދި (ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެންގެވީމެވެ.) މިއީ ހައްތާވެސް ތިމަންރަސްކަލާނގެ ދެއްވާ ދެއްވުމެވެ. އެއިން ކަލޭގެފާނުންދެއްވާނެމީހަކަށް ދެއްވާނެވަރަކަށް ދެއްވާށެވެ! ނުވަތަ ނުދެއްވަންޏާ ނުދެއްވާށެވެ! ހިފަހައްޓަވާށެވެ. އޭގެ އެއްވެސް ހިސާބެއްނެތެވެ.

  40. 40

    وَإِنَّ لَهُۥ عِندَنَا لَزُلْفَىٰ وَحُسْنَ مَـَٔابٍ

    Wa-ʹinna lahoo ʻiñdanaa lazulfaa waḥusna maʹaab.

    ހަމަކަށަވަރުން އެކަލޭގެފާނަށް ތިމަންރަސްކަލާނގެ حَضْرَةُ ގައި ގާތްކަމާއި ކުއްތަންވުން ވެއެވެ. އަދި އެނބުރިދާ ރަނގަޅުތަންވެއެވެ. އެއީސުވަރުގެއެވެ.

  41. 41

    وَٱذْكُرْ عَبْدَنَآ أَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلشَّيْطَـٰنُ بِنُصْبٍ وَعَذَابٍ

    Waẓkur ʻAbdanaaa ʹAyyoob. ʹIẓ naadaa Rabbahooo ʹannee massaniyash shayṭaanu binuṣbiñw waʻaẓaab!

    (އޭ رَسُولُ الله އެވެ.) ކަލޭގެފާނު ތިމަންރަސްކަލާނގެ އަޅު أَيُّوب عَلَيْه السّلآم ހަނދުމަފުޅު ކުރައްވާށެވެ އެކަލޭގެފާނު އެކަލޭގެފާނުންގެ رَبُّ އަށް ދުޢާދެންނެވި ހިނދުއެވެ. (އެކަލޭގެފާނު ދެންނެވިއެވެ.) "ހަމަކަށަވަރުން މިއަޅާ ގައި شَيْطَانُ ބީހިއްޖެއެވެ. (ނުވަތަ شَيْطَانُ ޖަހައިފިއެވެ.) އޭނާގެފަރާތުން އުދަގުލާއި ގަދަރިހުމާ ވެއެވެ."

  42. 42

    ٱرْكُضْ بِرِجْلِكَ ۖ هَـٰذَا مُغْتَسَلٌۢ بَارِدٌ وَشَرَابٌ

    ʹUrkuḍ birijlik: haaẓaa mug̣tasalum baariduñw washaraab.

    (ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެންގެވީމެވެ.) "ކަލޭގެފާނުންގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ." (ދެން އެކަލޭގެފާނު ފައިންޕުޅުން ޖެއްސެވިއެވެ. އަދި ޖެއްސެވުމުން އެތަނުންފެން އާރެއް އުފެދިއްޖެއެވެ. ދެން الله އެންގެވިއެވެ.) ތިޔަހުރީ ފެންވަރުއްވާނޭ ފިނިފެނެވެ. އަދި ހިއްޕަވާނޭ ފިނިހިއްޕެވުމެވެ. (ދެން އެކަލޭގެފާނުން އެފެނުން ފެންވަރުއްވައި ފެންފޮދު ހިއްޕެވުމުން އާލާސްކަންފުޅު މުޅިންފިލައްޖެއެވެ.)

  43. 43

    وَوَهَبْنَا لَهُۥٓ أَهْلَهُۥ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنَّا وَذِكْرَىٰ لِأُو۟لِى ٱلْأَلْبَـٰبِ

    Wa-wahabnaa lahooo ʹahlahoo wa-mis̤lahum maʻahum Raḥmatam minnaa wa-ẓikraa liʹUlil ʹalbaab.

    އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލެގެފާނުންގެ އަހުލުވެރިންނާއި އެމީހުންނާ އެކު އަދިއިތުރު އެހާވަރުދެއްވީމެވެ. (އެބަހީ އަހުލުވެރިން ޑަބަލްކޮށް ދެއްވީމެވެ.) އެއީ ތިމަންރަސްކަލާނގެ حَضْرَةُ ންވާ رَحْمَة އެއްގެ ގޮތުންނެވެ. އަދިބުއްދިވެރި ވިސްނުންތެރިންނަށް ވާ وَعْظُ نَصِيْحَةُ އެއްގެ ގޮތުންނެވެ. * ދަންނައެވެ. أَيُّوب عَلَيْه السّلآم އަކީ ދަރިންގިނަ މުދާގިނަ ބޭކަލަކު ކަމުގައިވިއެވެ. އާލާސްކަންފުޅު ޖެހުމާއެކީ އެހުރިހާކުދިން މަރުވެ އަދި މުދާވެސް ގެއްލިގެންދިޔައީއެވެ. ދެން އާލާސްކަންފުޅުގައި ﷲ އިރާދަކުރެއްވި ދުވަހަކު އޮންނެވުމަށްފަހު އެކަން ރަނގަޅުވުމުން އަލުންވެސް އެކުދިން ދިރުއްވައި އަދިއެޔާއެކު އޭގެއިތުރަށް އަދި އެހާކުދިން ދެއްވިކަމުގައި ވިއެވެ. އަދި މުދާވެސް އެހާގިނައިން ދެއްވިކަމުގައިވިއެވެ. = زُبْدَةُ التَّفْسِيْر އަދި أيْسَرُ التَّفَاسِيْر =

  44. 44

    وَخُذْ بِيَدِكَ ضِغْثًا فَٱضْرِب بِّهِۦ وَلَا تَحْنَثْ ۗ إِنَّا وَجَدْنَـٰهُ صَابِرًا ۚ نِّعْمَ ٱلْعَبْدُ ۖ إِنَّهُۥٓ أَوَّابٌ

    Wa-khuẓ biyadika ḍig̣s̤añ faḍrib bihee wa-laa taḥnas̤. ʹInnaa wa-jadnaahu ṣaabiraa. Niʻmal ʻAbd! ʹInnahooo ʹawwaab!

    އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެނގެވީމެވެ. އަދި ކަލޭގެފާނުންގެ އަތްޕުޅުން ހިކިދަޑި ބޮޑިއެއް ނުވަތަ އިހާގޮޑިއެއް ހިއްޕަވާށެވެ. އަދި އެއިން (އަނބިކަނބަލުން ގައިކޮޅުގައި) ޖައްސަވާށެވެ. އަދި ކަލޭގެފާނުންގެ ހުވައި އުވައި ނުލައްވާށެވެ. އެޔާއި خِلآفُ ވެވަޑައި ނުގަންނަވާށެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެކަލޭގެފާނު ދެކެވޮޑަގަންނަވަނީ ކެތްތެރި ބޭކަލަކު ކަމުގައެވެ. އަދި أَيُّوب عَلَيْه السّلآم އަކީ نِعْمَة ލިބިވަޑައިގެންވާ މާތްބޭކަލެކެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނު ގިނަގިނައިން الله އަށް ތައުބާވެވަޑައިގެން ރުޖޫޢަވެވަޑައި ގަންނަވައެވެ. * ދަންނައެވެ. أَيُّوب عَلَيْه السّلآم ގެ އެދިގުއާލަސްކަންފުޅުގައި އެންމެހައި އެކުވެރިންނާއި ރައްޓެހިންވެސް އެކަލޭގެފާނުދެކެ ބިރުންނާއި އަދިފޫހިވެގެން އެކަލޭގެފާނު ދޫކޮށްދިޔައީއެވެ. އަރިހުގައި އުޅުއްވީ ހަމައެކަނި އަނބި ކަނބަލުންނެވެ. އެދުވަސްވަރު އެކަމަނާގެ ފަރާތްޕުޅުން ހިގާދިޔަކޮންމެވެސް ކަމެއްގައި أَيُّوب عَلَيْه السّلآم ވިދާޅުވެފައިވަނީ އެކަމަނާގެ ގައިކޮޅުގައި ސަތޭކަ އެތިފަހަރު ޖެއްސެވުމަށެވެ. އެއީ ވަޢުދުއެއްގެ ގޮތުންނެވެ. އެހެންވެ އެވަޢުދު އެކަލޭގެފާނުންގެ ފަރާތްޕުޅުން ފުއްދެވުމަށްޓަކައި الله އެކަމަނާއަށް ލުއިކޮށްދެއްވުމަށް އެކަލޭގެފާނަށް އެންގެވީ ކުދި ދަޑީގެ ސަތޭކަ އެތިކޮޅުވާ ބޮޑިއަކުން ނުވަތަ ސަތޭކަ އެތިކޮޅުވާ އިހާގޮޑިއަކުން އެއްފަހަރު ޖެއްސެވުމަށެވެ. އޭރުން އެކުރެއްވި ހުވައިގެ ކަންތައްނިމުނީއެވެ. އެއީ އެކަމަނާއަށް الله ލެއްވި ބޮޑު رَحْمَة އެކެވެ.

  45. 45

    وَٱذْكُرْ عِبَـٰدَنَآ إِبْرَٰهِيمَ وَإِسْحَـٰقَ وَيَعْقُوبَ أُو۟لِى ٱلْأَيْدِى وَٱلْأَبْصَـٰرِ

    Waẓkur ʻIbaadanaaa ʹIbraaheema wa-ʹIsḥaaq̣a wa-Yaʻq̣ooba ʹUlil ʹAydee walʹAbṣaar.

    (އޭ رَسُولُ الله އެވެ!) އަދި ތިމަންރަސްކަލާނގެ މާތްއަޅުންކަމުގައިވާ ބޭކަލުން ހަނދުމަފުޅު ކުރައްވާށެވެ. (އެބޭކަލުންގެ ކެތްތެރިކަން ހަނދުމަފުޅު ކުރައްވާށެވެ.) އެއީ إِبْرَاهِيم އާއި إِسْحَاق އާއި އަދި يَعْقُوب (عَلَيْهِمُ السَّلآم) އެވެ. އެއީ އަޅުކަމަށް ބާރުފުޅުގަދަ އަދި މީސްތަކުންނަށް إحْسَان ތެރި އަދި ދީނުގެ ޢިލްމުގައި ވިސްނުންފުޅުގަދަ މާތްބޭކަލުންނެވެ.

  46. 46

    إِنَّآ أَخْلَصْنَـٰهُم بِخَالِصَةٍ ذِكْرَى ٱلدَّارِ

    ʹInnaaa ʹakhlaṣnaahum̃ bikhaaliṣatiñ Ẓikrad Daar.

    ހަމަކަށަވަރުން آخِرَة ދުވަސް ހަދާން ކުރެއްވުމުންނާއި އީމާންވުމުގެ ގޮތުން ކަނޑައެޅިގެން ތިމަންރަސްކަލާނގެ އެބޭކަލުން خَاصَّ ކުރެއްވީމެވެ.

  47. 47

    وَإِنَّهُمْ عِندَنَا لَمِنَ ٱلْمُصْطَفَيْنَ ٱلْأَخْيَارِ

    Wa-ʹinnahum ʻiñdanaa laminal Muṣṭafaynal ʹakhyaar.

    އަދި ހަމަކަށަވަރުން އެބޭކަލުން ތިމަންރަސްކަލާނގެ حَضْرَةُ ގައިވަނީ خَاصَّ ކުރެވި إخْتِيَارُ ކުރެވިގެންވާ ބޭކަލުންގެ ތެރެއިންވާ ބޭކަލުންކަމުގައެވެ.

  48. 48

    وَٱذْكُرْ إِسْمَـٰعِيلَ وَٱلْيَسَعَ وَذَا ٱلْكِفْلِ ۖ وَكُلٌّ مِّنَ ٱلْأَخْيَارِ

    Waẓkur ʹIsmaaʻeela wal yasaʻa wa-Ẓal-Kifl: wa-kullum minal ʹAkhyaar.

    އަދި إسمَا عِيْل ގެފާނާއި اليَسَعُ ގެފާނާއި އަދި ذُو الكِفْلِ ގެފާނާއި (عَلَيْهِمُ السَّلآم) މިބޭބޭކަލުން ހަނދުމަފުޅުކުރައްވާށެވެ. މިހުރިހާބޭކަލުންވަނީ. خِيَارُ ކުރެވިގެންވާ ބޭކަލުންގެ ތެރެއިންނެވެ.

  49. 49

    هَـٰذَا ذِكْرٌ ۚ وَإِنَّ لِلْمُتَّقِينَ لَحُسْنَ مَـَٔابٍ

    Haaẓaa Ẓikr: wa-ʹinna lil-Muttaq̣eena laḥusna maʹaab.

    މިއީ (ދުނިޔޭގައި) އެބޭކަލުންނަށްވާ ރިވެތިވެގެންވާ ޒިކުރެވެ. ހަނދާންކޮށްދިނުމެވެ. އަދި ހަމަކަށަވަރުން تَقْوَىވެރިންނަށް އެނބުރިދާރަނގަޅުތަން ވެއެވެ.

  50. 50

    جَنَّـٰتِ عَدْنٍ مُّفَتَّحَةً لَّهُمُ ٱلْأَبْوَٰبُ

    Jannaati ʻAdnim mufattaḥatal lahumul ʹabwaab;

    އެއީ ޤާއިމުވެތިބޭ ބަގީޗާތަކެވެ. ސުވަރުގެ ތަކެވެ. އެބޭކަލުންނަށްޓަކައި އެތާގެ ދޮރުތައް ހުޅުވިގެންވެއެވެ. ނުވަތަ މަލާއިކަތްބޭކަލުން ހުޅުވައިދެއްވާނެއެވެ.

  51. 51

    مُتَّكِـِٔينَ فِيهَا يَدْعُونَ فِيهَا بِفَـٰكِهَةٍ كَثِيرَةٍ وَشَرَابٍ

    Muttakiʹeena feehaa yadʻoona feehaa bifaakihatiñ kas̤eeratiñw washaraab;

    އަދި އެބޭކަލުން އެތާގެ ސޯފާތަކުގައި ލެގިލައިގެން ތިއްބަވާނެއެވެ. އެތާތިއްބަވައިގެން އެކިބާވަތުގެ ގިނަމޭވާތަކަށާއި ގިނަ ބުއިންތަކަށް ވިދާޅުވާނެއެވެ.

  52. 52

    ۞ وَعِندَهُمْ قَـٰصِرَٰتُ ٱلطَّرْفِ أَتْرَابٌ

    Wa-ʻiñdahum q̣aaṣiratuṭ ṭarfi ʹatraab.

    އަދި އެބޭކަލުންގެއަރިހުގައި ފިރިންނާއި ދިމާއަށް ކަޅިހުއްޓުވައިގެންތިބޭ އެއް ޢުމުރެއްގެ ނުވަތަ ރީތިކަމުގެގޮތުން އެއްފެންވަރެއްގެ ޗާލު حُورَ العِيْن އަނބީން ތިއްބަވާނެއެވެ.

  53. 53

    هَـٰذَا مَا تُوعَدُونَ لِيَوْمِ ٱلْحِسَابِ

    Haaẓaa maa- tooʻadoona li-Yawmil Ḥisaab!

    ،(54) އަދި އެދުވަހުން އެމީހުންނަށް ނިދާ އިއްވެވޭނެއެވެ. ހަމަކަށަވަރުން މިނިއުމަތަކީ ހިސާބު ބައްލަވާދުވަހު ތިޔަބައިމީހުންނަށްދެއުމަށް ވަޢުދުކުރެވިގެންވާ ތިމަންރަސްކަލާނގެ ނިޢުމަތެވެ. ރިޒުޤެއެވެ. އެޔަށްހުސްވުމެއް ނުވެއެވެ. / ނިމުމެއްނެތެވެ.

  54. 54

    إِنَّ هَـٰذَا لَرِزْقُنَا مَا لَهُۥ مِن نَّفَادٍ

    ʹInna haaẓaa la-Rizq̣unaa maa- lahoo min nafaad.

    ،(54) އަދި އެދުވަހުން އެމީހުންނަށް ނިދާ އިއްވެވޭނެއެވެ. ހަމަކަށަވަރުން މިނިއުމަތަކީ ހިސާބު ބައްލަވާދުވަހު ތިޔަބައިމީހުންނަށްދެއުމަށް ވަޢުދުކުރެވިގެންވާ ތިމަންރަސްކަލާނގެ ނިޢުމަތެވެ. ރިޒުޤެއެވެ. އެޔަށްހުސްވުމެއް ނުވެއެވެ. / ނިމުމެއްނެތެވެ.

  55. 55

    هَـٰذَا ۚ وَإِنَّ لِلطَّـٰغِينَ لَشَرَّ مَـَٔابٍ

    Haaẓaa! Wa-ʹinna liṭṭaag̣eena lasharra maʹaab!―

    تَقْوَىވެރިންނާ މެދުކަންތައްހުރީ އެފަދައިންނެވެ. އިސްވެދިޔަފަދައިންނެވެ. އަދި ހަމަކަށަވަރުން ނުކިޔަމަންތެރިންނަށް ހުރީ އެނބުރިދިއުމަށް އެންމެނުބައިތަނެވެ.

  56. 56

    جَهَنَّمَ يَصْلَوْنَهَا فَبِئْسَ ٱلْمِهَادُ

    Jahannama Yaṣlawnahaa fabiʹsal mihaad!

    އެއީ ނަރަކައެވެ. އެމީހުން އެތާއަދާނެއެވެ. / ފިހެވޭނެއެވެ. އެއީވާ ނުބައި ތަންމައްޗެކެވެ.

  57. 57

    هَـٰذَا فَلْيَذُوقُوهُ حَمِيمٌ وَغَسَّاقٌ

    Haaẓaa falyaẓooq̣oohu ḥameemuñw wag̣assaaq̣!

    މި عَذَابُ ފަހެ އެމީހުންއޭގެރަހަ ލިބިގަންނާށެވެ. އެއީ ހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެނާއި ނަރަކަވަންތަވެރިންގެ ގައިންފައިބާ ލެޔާއި ދޮހާއި އަދިފާދިޔައެވެ.

  58. 58

    وَءَاخَرُ مِن شَكْلِهِۦٓ أَزْوَٰجٌ

    Wa-ʹaakharu miñ shakliheee ʹazwaaj!

    އަދި އެބާވަތުގެ އެހެނިހެން ޢަޒާބުތަކެވެ. އެއީ އެތައްބާވަތެކެވެ.

  59. 59

    هَـٰذَا فَوْجٌ مُّقْتَحِمٌ مَّعَكُمْ ۖ لَا مَرْحَبًۢا بِهِمْ ۚ إِنَّهُمْ صَالُوا۟ ٱلنَّارِ

    Haaẓaa fawjum muq̣taḥimum maʻakum! Laa- marḥabam bihim! ʹInnahum ṣaalun Naar!

    (ނަރަކަވަންތަވެރީންގެ ބަޔަކު ނަރަކައަށް އަޅައިލެވިއްޖެއްޔާ ނަރަކައިގެ ޒަބާނިއްޔަ މަލާއިކަތްބޭކަލުން ކުށްވެރިންގެ ބޮޑެތިމީހުންނަށް ވިދާޅުވާނެއެވެ.) މިއަލަށް ގެނެވުނުމީހުންމިއީ ކަލޭމެންނާއިއެކު ނަރަކައިގާވާނޭބައެކެވެ. އެމީހުންނަކަށް އެއްވެސް އުފާވެރިކަމެއްނެތެވެ. މަރުޙަބާއެއްނެތެވެ. ހަމަކަށަވަރުން އެމީހުން ނަރަކައަށް ވަންނާނެއެވެ. އެތާއަދާނެއެވެ.

  60. 60

    قَالُوا۟ بَلْ أَنتُمْ لَا مَرْحَبًۢا بِكُمْ ۖ أَنتُمْ قَدَّمْتُمُوهُ لَنَا ۖ فَبِئْسَ ٱلْقَرَارُ

    Q̣aaloo bal ʹañtum! Laa- marḥabam bikum! ʹAñtum q̣addamtumoohu lanaa! Fabiʹsal q̣araar!

    އެމީހުން އެބަހީ (ފަހުން ގެންދެވުނު ދެރަމީހުން ބޮޑަތިމީހުންނަށް) ބުނާނެއެވެ. "އަދި ކިއެއްހެއްޔެ؟ ކަލޭމެންނަކަށް އެއްވެސް މަރުޙަބާއެއް އަދި އުފާވެރިކަމެއްނެތެވެ. އަހުރެމެން މިތަނަށްވެއްދީ ކަލޭމެންނެވެ. އަހުރެމެން މިތަނަށް ވަންނަންޖެހުނީ ކަލޭމެންގެ ސަބަބުންނެވެ." އެއީ ޤަރާރުވެތިބުން ނުބައިވެގެންވާތަނެކެވެ.

  61. 61

    قَالُوا۟ رَبَّنَا مَن قَدَّمَ لَنَا هَـٰذَا فَزِدْهُ عَذَابًا ضِعْفًا فِى ٱلنَّارِ

    Q̣aaloo Rabbanaa mañ q̣addama lanaa haaẓaa fazidhu ʻAẓaabañ ḍiʻfañ fin Naar!

    އެމީހުން (އެބަހީ ނަރަކައަށްވަތް ދަށުފަންތީގެމީހުން) ދަންނަވާނެއެވެ. "އޭ އަޅަމެންގެ رَبُّ އެވެ! އަޅަމެން މިތަނަށްވެއްދިމީހާ ދަންނައެވެ. ފަހެ އޭނާއަށް ނަރަކައިގާ އެތައްގުނައެއްގެ عَذَابُ ގިނަ ކޮށްދެއްވާށެވެ!"

  62. 62

    وَقَالُوا۟ مَا لَنَا لَا نَرَىٰ رِجَالًا كُنَّا نَعُدُّهُم مِّنَ ٱلْأَشْرَارِ

    Waq̣aaloo maa- lanaa laa- naraa rijaalañ kunnaa naʻudduhum minal ʹashraar?

    އަދިއެމީހުން ބުނާނެއެވެ. (އެބަހީ ނަރަކަވަންތަވެރިންގެ ބޮޑެތިމީހުން ބުނާނެއެވެ.) "އަހުރެމެން އެމީހުންނަކީ ނުބައިމީހުން ކަމުގައި ހިމަނައި އުޅުނުމީހުން އަހުރެމެންނަށް ނުފެންނަނީ ކީއްވެގެންބާވައެވެ؟ (އެމީހުންގެ މިބަހުން ގަސްދުކުރެވެނީ މުއުމިނުންކުރެ ދެރަ ފަޤީރުންނެވެ.)

  63. 63

    أَتَّخَذْنَـٰهُمْ سِخْرِيًّا أَمْ زَاغَتْ عَنْهُمُ ٱلْأَبْصَـٰرُ

    ʹAttakhaẓnaahum sikhriyyan ʹam zaag̣at ʻanhumul ʹabṣaar?

    (ދުނިޔޭގައި) އަހުރެމެން އެމީހުންނަށް މަލާމާތްކޮށް ހެދީމެވެ. ނުވަތަ އެމީހުންގެފަރާތުން ކަހައިލައިގެން (އަހުރެމެންގެ) ލޯތައް ދިޔާހެއްޔެވެ؟

  64. 64

    إِنَّ ذَٰلِكَ لَحَقٌّ تَخَاصُمُ أَهْلِ ٱلنَّارِ

    ʹInna ẓaalika laḥaq̣q̣uñ takhaaṣumu ʹAhlin Naar!

    ހަމަކަށަވަރުން އިސްވެދިޔަފަދައިން (ނަރަކަވަންތަވެރިންގެ މެދުގައިވާ) ނަރަކައިގެ އަހުލުވެރިންގެ އަރައިރުންތަކާއި ވާހަކަތައްއެއީ حَقُّ ވާހަކަތަކެކެވެ.

  65. 65

    قُلْ إِنَّمَآ أَنَا۠ مُنذِرٌ ۖ وَمَا مِنْ إِلَـٰهٍ إِلَّا ٱللَّهُ ٱلْوَٰحِدُ ٱلْقَهَّارُ

    Q̣ul ʹInnamaaa ʹana Muñẓir: wa-maa min ʹilaahin ʹillal laahul Waaḥidul Q̣ahhaar,―

    (އޭ رَسُولُ الله އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނުވާކަން ކަށަވަރީ އިންޒާރު ކުރައްވާ ބޭކަލަކު ކަމުގައެވެ. (އެއީ ނުކިޔަމަންތެރިންނަށް ﷲ ގެ عَذَابُ އާއި ކޯފާހުރިކަމުގެ އިންޒާރެވެ. އެކަމާ މެދު ބިރުގެންނެވުމެވެ.) އަދި ﷲ މެނުވީ އަޅުކަން އެފަރާތަކަށް ވެވުން حَقُّ އެއްވެސް إلَه އަކުނުވެއެވެ. އެކަލާނގެއީ އެއްކައުވަންތަ ގަދަފަދަވަންތަ ކަލާނގެއެވެ.

  66. 66

    رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ٱلْعَزِيزُ ٱلْغَفَّـٰرُ

    Rabbus samaawaati wal-ʹarḍi wa-maa baynahumal ʻAzeezul G̣affaar.

    އެކަލާނގެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެތި ހައްދަވައި ބަލަހައްޓަވާ އެތަކެތީގެ رَبُّ އެވެ. އެއީ ގަދަފަދަ ވަންތަ އަދި ގިނަގިނައިން ފާފަ ފުއްސަވާ ކަލާނގެއެވެ.

  67. 67

    قُلْ هُوَ نَبَؤٌا۟ عَظِيمٌ

    Q̣ul huwa Nabaʹun ʻAz̤̣eem,

    (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު މިއަންގަވާ عَذَابُ ގެ ވާހަކައާއި تَوْحِيْد ގެ خَبَرُ ތަކަކީ ބޮޑުވެގެންވާ خَبَرُ ތަކެކެވެ. އެއީކުޑައެއްޗެއްކަމުގައި ނުބަލާށެވެ.

  68. 68

    أَنتُمْ عَنْهُ مُعْرِضُونَ

    ʹAñtum ʻanhu muʻriḍoon!

    އެ خَبَرُ ތަކާމެދު ކަނޑައެޅިގެން ކަލޭމެން ތިޔަވަނީ ޤަބޫލުނުކޮށް ފުރަގަސްދީގެންނެވެ.

  69. 69

    مَا كَانَ لِىَ مِنْ عِلْمٍۭ بِٱلْمَلَإِ ٱلْأَعْلَىٰٓ إِذْ يَخْتَصِمُونَ

    Maa- kaana liya min ʻilmim bil-malaʹil ʹaʻlaaa ʹiẓ yakhtaṣimoon.

    އަދި މާތްވެގެންވާ مَلإ الأَعْلَى ގައި މަލާއިކަތްބޭކަލުން (އާދަމުގެ ފާނުންގެ ކަންތަކާއިމެދު) ބަސްފުޅު ތަފާތު ވީހިނދު (ތިމަންކަލޭގެފާނަށް وَحِي ބާވާތްލެއްވުމުގެކުރިން) އެއްވެސް خَبَرُ އެއް ތިމަންކަލޭގެފާނަށް އެގިވަޑައިނުގަންނަވައެވެ.

  70. 70

    إِن يُوحَىٰٓ إِلَىَّ إِلَّآ أَنَّمَآ أَنَا۠ نَذِيرٌ مُّبِينٌ

    ʹIñy yooḥaaa ʹilayya ʹillaaa ʹannamaaa ʹana Naẓeerum mubeen.

    ތިމަންކަލޭގެފާނީ ކަނޑައެޅި ބަޔާންވެގެންވާ ނަޒީރަކު ކަމުގައިމެނުވީ ނުވެއެވެ. ތިމަންކަލޭގެފާނަށް وَحِي އިއްވެވިގެންވަނީ އެފަދައިންނެވެ.

  71. 71

    إِذْ قَالَ رَبُّكَ لِلْمَلَـٰٓئِكَةِ إِنِّى خَـٰلِقٌۢ بَشَرًا مِّن طِينٍ

    ʹIẓ q̣aala Rabbuka lilmalaaaʹikati ʹinnee khaaliq̣um basharam miñ ṭeen.

    (އޭ رَسُولُ الله އެވެ!) = މަލާއިކަތްބޭކަލުންނަށް ކަލޭގެފާނުންގެ ربَ وَحِي ކުރެއްވި ހިނދު ހަނދުމަފުޅު ކުރައްވާށެވެ. އެކަލާނގެ وَحِي ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެއީ މަށީން އާދަމުގެ ދަރިއަކު ހައްދަވާނެ ކަލަކީމެވެ.

  72. 72

    فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَـٰجِدِينَ

    Faʹiẓaa sawwaytuhoo wa-nafakhtu feehi mir Rooḥee faq̣aʻoo lahoo saajideen.

    ފަހެ ތިމަންރަސްކަލާނގެ އެހެއްދެވުން ފުރިހަމަކުރައްވައި ބަރާބަރު ކުރައްވައިފިއްޔާ އަދިއެހަށިކޮޅަށް ތިމަންރަސްކަލާނގެ ތިމަންރަސްކަލާނގެ رُوْحُ ން ފުމެލައްވައިފިއްޔާ ތިޔަބޭކަލުން އެކަލޭގެފާނަށްޓަކައި (ސަލާލުގެ) ސަޖިދަކުރައްވާ ޙާލު ތިރިވެވަޑައި ގަންނަވާށެވެ. ސަޖިދަ ކުރައްވާށެވެ.

  73. 73

    فَسَجَدَ ٱلْمَلَـٰٓئِكَةُ كُلُّهُمْ أَجْمَعُونَ

    Fasajadal malaaaʹikatu kulluhum ʹajmaʻoon:

    (ދެން ފަހެ އެކަލާނގެ އެކަލޭގެފާނު ހައްދަވައި ފުރިހަމަކުރެއްވުމަށްފަހު) އިބުލީސުމެނުވީ އެއެންމެހައި މަލާއިކަތް ބޭކަލުން ސަޖިދަކުރައްވައިފިއެވެ.

  74. 74

    إِلَّآ إِبْلِيسَ ٱسْتَكْبَرَ وَكَانَ مِنَ ٱلْكَـٰفِرِينَ

    ʹIllaaa ʹIblees; ʹistakbara wa-kaana minal kaafireen.

    އެއިބުލީސު ސަޖިދަނުކުރިއެވެ. އޭނާބޮޑާވެގެންފިއެވެ. އަދި އޭނާވީ ކާފަރުންގެ ތެރެއިންނެވެ.

  75. 75

    قَالَ يَـٰٓإِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَىَّ ۖ أَسْتَكْبَرْتَ أَمْ كُنتَ مِنَ ٱلْعَالِينَ

    Q̣aala YaaaʹIbleesu maa- manaʻaka ʹañ tasjuda limaa khalaq̣tu biyadayy? ʹAs-takbarta ʹam kuñta min alʻaaleen?

    الله تَعَالَى އޭނާއަށް وَحِي ކުރެއްވިއެވެ. "އޭ އިބުލީސުއެވެ. ތިމަންރަސްކަލާނގެ ދެއަތްޕުޅުން ހެއްދެވި مَخْلُوقُ އަކަށް ސަޖިދަ ކުރަން އެންގީމާ (آدَم عَلَيْهِ السلام އަށްސަޖިދަކުރަންއެންގީމާ) ކަލޭއެސަޖިދަކުރުމުން މަނާކުރީ ކޮން ކަމެއްހެއްޔެވެ؟ ސަޖިދަ ނުކުރީ ކީއްވެހެއްޔެވެ؟ ކަލޭ ބޮޑާވެ ކިބުރުވެރިވީހެއްޔެވެ؟ ކަލެއަކީ މާމަތީމީހުންގެތެރެއިންވާ މީހަކަށްވީހެއްޔެވެ؟ (ނުވަތަމީގެކުރީގައި ކަލޭވީ ބޮޑާމީހަކު ކަމުގައި ހެއްޔެވެ؟"

  76. 76

    قَالَ أَنَا۠ خَيْرٌ مِّنْهُ ۖ خَلَقْتَنِى مِن نَّارٍ وَخَلَقْتَهُۥ مِن طِينٍ

    Q̣aala ʹana khayrum minh: khalaq̣tanee min naariñw wakhalaq̣tahoo miñ ṭeen.

    އެސޮރުދެންނެވިއެވެ."މިއަޅާއޭނައަށްވުރެ (އާދަމުގެފާނަށްވުރެ) މާހެޔޮވެގެންވެއެވެ. އިބަރަސްކަލާނގެ މިއަޅާ ހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އޭނާ ހެއްދެވީ މަށީންނެވެ. (آدَم عَلَيْهِ السلام) ހެއްދެވީ މަށިންނެވެ."

  77. 77

    قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌ

    Q̣aala fakhruj minha faʹinnaka rajeem.

    الله تَعَالَى އޭނާއަށް وَحِي ކުރެއްވިއެވެ. އޭ އިބުލީސުއެވެ. ފަހެކަލޭ އެތަނުން ނުކުންނާށެވެ. ސުވަރުގެއިން ނުކުންނާށެވެ. ހަމަކަށަވަރުން ކަލެއަކީ ރަޖީމެވެ. އެބަހީ ހެޔޮކަމުން ދުރުވެގެންވާމީހެކެވެ. ނުވަތަ ތަރިންޖެހެވި ރަޖަމު ކުރެވޭނެމީހެކެވެ.

  78. 78

    وَإِنَّ عَلَيْكَ لَعْنَتِىٓ إِلَىٰ يَوْمِ ٱلدِّينِ

    Wa-ʹinna ʻalayka laʻnateee ʹilaa Yawmid Deen.

    އަދި ހަމަކަށަވަރުން ޤިޔާމަތް ދުވަހާއި ހަމައަށް ވެސް ކަލޭގެމައްޗަށް ތިމަންރަސްކަލާނގެ لَعْنَة ހުއްޓެވެ.

  79. 79

    قَالَ رَبِّ فَأَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ

    Q̣aala Rabbi faʹañz̤̣irneee ʹilaa Yawmi yubʻas̤oon.

    އެސޮރުދެންނެވިއެވެ. "އޭއަޅުގެ رَبّ އެވެ. (مَحْشَرُ އަށް) ފޮނުވޭދުވަހާއި ހަމައަށް މިއަޅާއަށް ތަންވަޅު ދެއްވާދެވެ. މުހުލަތު ދެއްވާދޭވެ. ނުމަރުއްވާދޭވެ".

  80. 80

    قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ

    Q̣aala faʹinnaka minal muñz̤̣areen―

    ،(81) އެކަލާނގެ وَحِي ކުރެއްވިއެވެ. "ހަމަކަށަވަރުން ކަނޑައެޅި އެގިގެންވާ ދުވަހާއި ހަމައަށް ޤިޔާމަތް ދުވަހާއި ހަމައަށް ވެސް ކަލޭވަނީ މުހުލަތު ދެވިގެންވާމީހުންގެތެރެއިންނެވެ".

  81. 81

    إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ

    ʹIlaa Yawmil Waq̣til Maʻloom.

    ،(81) އެކަލާނގެ وَحِي ކުރެއްވިއެވެ. "ހަމަކަށަވަރުން ކަނޑައެޅި އެގިގެންވާ ދުވަހާއި ހަމައަށް ޤިޔާމަތް ދުވަހާއި ހަމައަށް ވެސް ކަލޭވަނީ މުހުލަތު ދެވިގެންވާމީހުންގެތެރެއިންނެވެ".

  82. 82

    قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ

    Q̣aala fabiʻIzzatika laʹug̣wiyannahum ʹajmaʻeen.―

    އެސޮރުދެންނެވިއެވެ." އޭއަޅުގެ رَبُّ އެވެ. އިބަރަސްކަލާނގެ عِزَّة ވަންތަކަން ގަންދީ ދަންނަވަމެވެ. ހަމަކަށަވަރުން އެ އެހުރިހާ މީހުން މަގުފުރައްދާ ހުށީމެވެ.

  83. 83

    إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ

    ʹIlaa ʻIbaadaka minhumul mukhlaṣeen.

    އެމީހުންކުރެ އިބަރަސްކަލާނގެ إخْلآص ތެރި އަޅުންމެނުވީ އެވެ".

  84. 84

    قَالَ فَٱلْحَقُّ وَٱلْحَقَّ أَقُولُ

    Q̣aala falhaq̣q̣u walḥaq̣q̣a ʹaq̣ool―

    އެކަލާނގެ وَحِي ކުރެއްވިއެވެ. "ފަހެ ތިމަންރަސްކަލާނގެ حَضْرَةُ ންވާ حَقُّ އެކެވެ. = އަދި ތިމަންރަސްކަލާނގެ މި وَحِي ކުރައްވަނީ حَقُّ ބަސްފުޅެވެ.

  85. 85

    لَأَمْلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنْهُمْ أَجْمَعِينَ

    Laʹamlaʹanna Jahannama miñka wa-mimmañ tabiʻaka minhum ʹajmaʻeen.

    ހަމަކަށަވަރުން ނަރަކަ ފުރައިލާހުށީ ކަލޭގެ ކިބައިންނާއި އަދި އެމީހުންގެތެރެއިން ކަލެއާއި ތަބާވީބަޔަކު އަޅައިގެންނެވެ. (މިއީ حَقُّ ބަސްފުޅެވެ.) "

  86. 86

    قُلْ مَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ وَمَآ أَنَا۠ مِنَ ٱلْمُتَكَلِّفِينَ

    Q̣ul maaa ʹasʹalukum ʻalayhi min ʹajriñw Wamaaa ʹana minal mutakallifeen.

    (އޭ رَسُولُ الله އެވެ!) ކަލޭގެފާ ވިދާޅުވާށެވެ. ކަލޭމެންގެ ކިބައިން އެކަމުގެމައްޗަށް (އެބަހީ ރަސޫލުކަން އިއްވެވުމުގެ މައްޗަށް) ތިމަންކަލޭގެފާނު އެއްވެސް އުޖޫރައެއް ނޭދެމެވެ. އަދި އަމިއްލައަށް ބަސްއުފައްދާ ދޮގުތައްހަދާމީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. (އަދި قُرْآن އެއީ އަހުރެން އުފައްދައިގަތް އެއްޗެއްނޫނެވެ.)

  87. 87

    إِنْ هُوَ إِلَّا ذِكْرٌ لِّلْعَـٰلَمِينَ

    ʹIn huwa ʹillaa Ẓikrul lilʻaalameen.

    އެ قُرْآن އެއީ عَالَم ތަކަށްވާ وَعْظُ نَصِيْحَة އެއްކަމުގައިމެނުވީ ނުވެއެވެ.

  88. 88

    وَلَتَعْلَمُنَّ نَبَأَهُۥ بَعْدَ حِينٍۭ

    Wa-lataʻlamunna nabaʹahoo baʻda ḥeen.

    (އޭ އެންމެހައި މީސްތަކުންނޭވެ.) އަދިހަމަކަށަވަރުން ކުޑަ މުއްދަތަކަށްފަހު އެ قُرْآن ގެ خَبَرُ - ކަލޭމެންނަށް އެގިދާނެއެވެ. (އެއީ އިސްލާދީން ކުރިއަރައި رَسُولُ الله ﷺ ގެ ކަންތައްމަތިވެރިވެކާމިޔާބު ވުމުންނެވެ. ނުވަތަ ކަލޭމެންމަރުވުމުންނެވެ. وَالله أعلم.