Back to Quran

ސޫރަތްތައް 58

Al-Mujadila

The Pleading Woman · Madani · 22 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    قَدْ سَمِعَ ٱللَّهُ قَوْلَ ٱلَّتِى تُجَـٰدِلُكَ فِى زَوْجِهَا وَتَشْتَكِىٓ إِلَى ٱللَّهِ وَٱللَّهُ يَسْمَعُ تَحَاوُرَكُمَآ ۚ إِنَّ ٱللَّهَ سَمِيعٌۢ بَصِيرٌ

    Q̣ad samiʻal laahu q̣awlal latee tujaadiluka fee zawjihaa wa-tashtakeee ʹilal laah: wallaahu yasmaʻu taḥaawurakumaa: ʹinnal laaha Sameeʻum Baṣeer.

    (އޭ مُحَمَّدُ ﷺ އެވެ!) އެކަނބުލޭގެ ފިރިކަލުންނާއިމެދު ﷲ އަށްޝަކުވާ ދަންނަވާ حَال ކަލޭގެފާނާ ތަކުރާރުކުރައްވައި ބަސްދަންނަވާ ކަމަނާގެ ބަސް ހަމަކަށަވަރުން ﷲ އައްސަވޮޑިގެންފިއެވެ. އަދި ތިޔަ ދެފަރާތުގެ ވާހަކަ ﷲ އައްސަވައެވެ. ހަމަކަށަވަރުން ﷲ އީ އައްސަވާވޮޑިގަންނަވާ އަދި ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.

  2. 2

    ٱلَّذِينَ يُظَـٰهِرُونَ مِنكُم مِّن نِّسَآئِهِم مَّا هُنَّ أُمَّهَـٰتِهِمْ ۖ إِنْ أُمَّهَـٰتُهُمْ إِلَّا ٱلَّـٰٓـِٔى وَلَدْنَهُمْ ۚ وَإِنَّهُمْ لَيَقُولُونَ مُنكَرًا مِّنَ ٱلْقَوْلِ وَزُورًا ۚ وَإِنَّ ٱللَّهَ لَعَفُوٌّ غَفُورٌ

    ʹAllaẓeena yuz̤̣aahiroona miñkum min nisaaaʹihim maa hunna ʹummahaatihim: ʹin ʹummahaatuhum ʹillal laaaʹee wa-ladnahum. Wa-ʹinnahum layaq̣ooloona muñkaram minal q̣awli wa-zooraa: wa-ʹinnal laaha laʻAfuwwun G̣afoor.

    ތިޔަބައިމީހުންކުރެ ތިމާމެންގެ އަނބީން ތިމާމެންގެ މަޔެކޭ ހަމަކުރާ މީހުން (ظِهَارُ ކުރާ މީހުން) ދަންނައެވެ. (އެހެން އެމީހުން ބުންޏަކަސް) އެ އަންހެނުން އެއީ އެމީހުންގެ މައިން ކަމުގައި ނުވެއެވެ. އެމީހުންގެ މައިން ކަމުގައިވާކަން ކަށަވަރީ އެމީހުން ވިހެއި އަންހެނުންނެވެ. (حَقِيْقِي މައިންނެވެ.) އަދި ހަމަކަށަވަރުން އެމީހުން އެހެން އެބުނާ ބަހަކީ (ތިމާގެ އަނބިމީހާ ތިމާގެ މަޔެކޭ އެއްފަދައޭ) އެބުނާބަހަކީ ބަހުގެ ތެރެއިން شَرِيْعَة قَبُوْلُ ނުކުރާ ހަޑި مُنْكَرُ ބަހެކެވެ. އަދި އެއީ ހަމަ ބޮޑު ދޮގެކެވެ. އަދި ހަމަކަށަވަރުން ﷲ އީ ކަނޑައެޅިގެން ގިނަގިނައިން عَفُوْء ކުރައްވާ އަދި ފާފަ ފުއްސެވުން ބޮޑުވެގެންވާ ކަލާނގެއެވެ.\nދަންނައެވެ. މިއާޔަތްތައް ބާވައިލެއްވުމުގެ ސަބަބެއް ކަމުގައި تَفْسِيْر عِلْم ވެރިން ލިޔުއްވާފައިވެއެވެ. އޭގެ خُلَاصَة އަކީ: أَوْسُ بْنُ الصَّامِتُ، އެކަލޭގެފާނުގެ އަނބިކަނބަލުން خَوْلَةُ بِنْتِ ثَعْلَبَة މަޔެކޭ ހަމަކުރެއްވިއެވެ. މިސޫރަތުގައި ބަޔާންވެގެންމިވާ ظِهَارُ ގެ حُكُم އެބަހީ މަޔެކޭ ހަމަކުރުމުގެ حُكُم ބާވައިލެއްވުމުގެ ކުރިން މީހަކު ތިމާގެ އަނބިމީހާ މަޔެކޭ ހަމަކޮށްފީމޭ ބުނެފިއްޔާ ދެމީހުން ދެން އަބަދަށް ވަރިވީއެވެ. މިހެންވެ އެކަމަނާ ކަންބޮޑުވެގެން رَسُوْلُ اللَّهِ ﷺ ގެ އަރިހަށްގޮސް އެވާހަކަ ދެންނެވުމުން އެކަލޭގެފާނު حَدِيْث ކުރެއްވީ އެކަމާ ބެހޭ حُكُم އެއް ނެތްކަމަށެވެ. އަލުންވެސް އެކަމަނާ އެކަމަނާގެ حَال ގެ ވާހަކަ بَيَان ކޮށް ވާހަކަ تَكْرَار ކުރައްވައެވެ. އެކި ފަހަރު އެކި عِبَارَة ންނެވެ. އެކަމަނާގެ މައްސަލައާއި ގުޅިގެން މި ދެއާޔަތާއި އަދި މީގެފަހުގައިވާ ދެ އާޔަތް ބާވައިލެއްވީއެވެ. ظِهَارُ ކުރުމުގެ އެންމެހާ حُكُم ބާވައިލެއްވީއެވެ.

  3. 3

    وَٱلَّذِينَ يُظَـٰهِرُونَ مِن نِّسَآئِهِمْ ثُمَّ يَعُودُونَ لِمَا قَالُوا۟ فَتَحْرِيرُ رَقَبَةٍ مِّن قَبْلِ أَن يَتَمَآسَّا ۚ ذَٰلِكُمْ تُوعَظُونَ بِهِۦ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ

    Wallaẓeena yuz̤̣aahiroona min nisaaaʹihim s̤umma yaʻoodoona limaa q̣aaloo fataḥreeru raq̣abatim miñ q̣abli ʹañy yatamaaassaa: ẓaalikum tooʻaz̤̣oona bih: wallaahu bimaa taʻmaloona khabeer.

    އަދި ތިމާމެންގެ އަނބިން ތިމާމެންގެ މައިންނެކޭ އެއްފަދަކުރާ މީހުން ދެން އެމީހުން އެބުނި ބުނުން އަނބުރާ ގެނަސް އެމީހުންގެ އަނބީންނާއި جِمَاع ވުމަށް قَصْدُ ކުރާނަމަ އެދެމީހުން جِمَاع ވުމުގެ ކުރިން އަޅަކު މިނިވަންކުރުން ހުއްޓެވެ. (އެއީ އޭނާ އެބުނި ނުބައި ދޮގު ބަހުގެ އަދަބަކަށެވެ. އެކަމުގެ كَفَّارَة އަކަށެވެ.) ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވަނީ އެފަދައިންނެވެ. އަދި ﷲ އީ ކަލޭމެން ކުރާހާ ކަމެއްގެ خَبَر ދެނެވޮޑިގެންވާ ކަލާނގެއެވެ.

  4. 4

    فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِن قَبْلِ أَن يَتَمَآسَّا ۖ فَمَن لَّمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًا ۚ ذَٰلِكَ لِتُؤْمِنُوا۟ بِٱللَّهِ وَرَسُولِهِۦ ۚ وَتِلْكَ حُدُودُ ٱللَّهِ ۗ وَلِلْكَـٰفِرِينَ عَذَابٌ أَلِيمٌ

    Famal lam yajid faṣiyaamu shahrayni mutataabiʻayni miñ q̣abli ʹañy yatamaaassaa. Famal lam yastaṭiʻ faʹiṭʻaamu sitteena miskeenaa. Ẓaalika lituʹminoo billahi wa-Rasoolih-Wa tilka Ḥudoodul laah; Wa-lilkaafireena ʻAẓaabun ʹaleem.

    ދެންފަހެ އަޅަކު މިނިވަން ކުރާން ނުލިބުނު މީހާ (އަޅަކު ނުލިބިގެން ނަމަވެސް، އަދި އަޅަކު ގަންނަހާ ފައިސާ ތިމާގެ އަތުގައި ނެތިގެން ނަމަވެސް އެކަން ނުކުރެވުނު މީހާއަށް) ދެން އޮތީ ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފުމެވެ. އެއީ އެ ދެމަފިރީން جِمَاع ވުމުގެ ކުރީންނެވެ. ދެންފަހެ، ދެމަސްދުވަހު ރޯދަ ހިފުމަށް ކުޅަދާނަ ނުވި މީހަކުނަމަ ދެން އޮތީ ފަސްދޮޅަސް مِسْكِينންނަށް ކާން ދިނުމެވެ. (އެއީ ކޮންމެ مِسْكِين އަކު އެއްފަހަރު ބަނޑު ފުރޭވަރަށް ދިނުމެވެ. މިކަމާ ބެހޭ تَفْصِيل ތައް فِقْه ފޮތްތަކާއި، حَدِيث ފޮތްތަކުގައި بَيان ވެގެން ވެއެވެ.)\nއިސްވެދިޔަ حُكْم ތަކަކީ ކަލޭމެން ﷲ އަށާއި، އެކަލާނގެ رَسُول އާ އަށް إيْمان ވުމަށް ޓަކައި ﷲ ކަނޑައަޅުއްވާފައިވާ حُكْم ތަކެވެ. އަދި އެއީ ﷲ ކަނޑައަޅުއްވާފައިވާ حَدّ ތަކެވެ. އިންތަކެވެ. އެތަންތަން ފަހަނަޅައި ގޮސްގެން ނުވާނެއެވެ. (އެތަންތަން ފަހަނަޅައި ގޮސް ﷲ ގެ أمر ފުޅުތަކާއި، حُكْم ފުޅުތަކަށް ކިޔަމަންނުވެ إيْمان ނުވެއްޖެ މީހާއީ كافِر އެކެވެ.) އަދި كافِر ންނަށް ހުރީ ވޭންދެނިވި عَذاب އެވެ.\nދަންނައެވެ. އިސްވެދިޔަ އާޔަތްތަކުގައި بَيان ވެގެން އެވަނީ ظِهار ކުރުމުގެ ކުށުގެ ވާހަކަޔާއި، އެކަމުގެ އަދަބުގެ ވާހަކައެވެ. ظِهار ކުރުމަކީ ތިމާގެ އަނބިމީހާއާ ދިމާއަށް (أَنْتِ عَلَيَّ كَظَهْرِ أُمِّى) އެބަހީ [ކަލޭ އަހުރެންގެ މައްޗަށް އަހުރެންގެ މަންމަގެ ބުރިކަށި ފަދައެވެ.] މިފަދައިން ބުނުމެވެ. އޭގެ މާނައަކީ [ކަލެއެކޭ އަހުރެންގެ މަންމައެކޭ އެއްފަދައެވެ. މަންމަ ގާތުގައި ރޭކުރުމަކީ حَرام ކަމެއް ކަމުގައި ވީ ފަދައިން ކަލޭގެ ގާތުގައި އަހުރެން ރޭކުރުންވެސް އަހުރެންނަށް حَرام އެވެ.] މިއެވެ. އިސްލާމުދީނުގައި މި حُكْم އައުމުގެ ކުރީން މީހަކު ތިމާގެ އަންހެނުންނާ ދިމާއަށް އެފަދައިން ބުނެފިއްޔާ ދެން އެ ދެމީހުން ވަރިވީއެވެ. ދުވަހަކުވެސް ދެން ނުއިނދެވޭނެއެވެ. އެހެން ނަމަވެސް މި އާޔަތްތައް ބާވައިލެއްވުމުން އެކަން ކެންސަލްވީއެވެ. އެ ދެމީހުން ވަރިއެއް ނުވާނެއެވެ. އެ ބުނިބުނުމަށް كَفّارَة ދިނީމާ އަލުންވެސް އަނބިމީހާ ގާތުގައި ރޭކުރުން ހުއްދަވީއެވެ. އެކަމުގެ كَفّارَة އަކީ (1) އަޅަކު މިނިވަން ކުރުން. ނުވަތަ (2) ވިދިވިދިގެން ދެމަސް ދުވަހު ރޯދަ ހިފުން. ނުވަތަ (3) ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުން. މިއެވެ. މިއިން ކޮންމެވެސް އެއް ކަމެކެވެ. އެމީހަކަށް ކުޅަދާނަވީ އެންމެ މަތީ ކަމެކެވެ.

  5. 5

    إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥ كُبِتُوا۟ كَمَا كُبِتَ ٱلَّذِينَ مِن قَبْلِهِمْ ۚ وَقَدْ أَنزَلْنَآ ءَايَـٰتٍۭ بَيِّنَـٰتٍ ۚ وَلِلْكَـٰفِرِينَ عَذَابٌ مُّهِينٌ

    ʹInnal laẓeena yuḥaaaddoonal laaha wa-Rasoolahoo kubitoo kamaa kubital laẓeena miñ q̣ablihim wa-q̣ad ʹañzalnaaa ʹAayaatim Bayyinaat. Wa-lilkaafireena ʻAẓaabum muheen,―

    ﷲ އަށް ނުކިޔަމަންތެރިވެ، ﷲ އާއި، އެކަލާނގެ رَسُول އާއި خِلاف ވެ، ދެކޮޅުހަދައި، ﷲ ގެ حَدّ ތަކުން ބޭރުވެގަންނަ މީހުން ދަންނައެވެ. އިސްވެދިޔަ އެފަދަ މީހުންވެސް ދެރަކުރެވި، ނިކަމެތިކުރެވުނު ފަދައިން އެމީހުންވެސް ދެރަކުރެވި، ނިކަމެތި ކުރެވިއްޖެއެވެ. (ކޮންމެ ތާކު، އަދި ކޮންމެ ޒަމާނެއްގައިވެސް ﷲ އެފަދަ މީހުން ދެރަކުރައްވައި، ނިކަމެތިކުރައްވާނެއެވެ.) އަދި ހަމަކަށަވަރުން ބަޔާންވެގެންވާ آيَة ތައް ތިމަން ރަސްކަލާނގެ ބާވައިލެއްވީމެވެ. އެބަހީ ތިމަން ރަސްކަލާނގެއާ އިދިކޮޅުވާ މީހުންނަށް (އިސްވެދިޔަ أُمّة ތަކުގައިވެސް) ޢިބުރަތަކަށް ފުދޭވަރުގެ آيَة ތައް ބާވައިލެއްވީމެވެ. އަދި ކާފަރުވީ މީހުންނަށް ހުންނަހުށީ ހަމަ ވޭންދެނިވި، އިހާނެތިވެގެންވާ عَذاب އެވެ.

  6. 6

    يَوْمَ يَبْعَثُهُمُ ٱللَّهُ جَمِيعًا فَيُنَبِّئُهُم بِمَا عَمِلُوٓا۟ ۚ أَحْصَىٰهُ ٱللَّهُ وَنَسُوهُ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ شَهِيدٌ

    Yawma yabʻas̤uhumul laahu jameeʹañ fayunabbiʹuhum̃ bimaa ʻamiloo. ʹAḥṣaahul laahu wa-nasooh: wallaahu ʻalaa kulli shayʹiñ Shaheed.

    އެމީހުންނަށް އެފަދަ إهانَة ތެރި عَذاب ހުންނަހުށީ އެންމެހައި މީސްތަކުން އަލުން ދިރިގެން مَحْشَر އަށް ފޮނުވޭ ދުވަހުންނެވެ. އަދި ދުނިޔޭގައި އެބައިމީހުން ކޮށްފައިވާ އެންމެހައި عَمَل ތަކުގެ خَبَر، ﷲ އެމީހުންނަށް އަންގަވާނެއެވެ. ﷲ އެ ހުރިހައި عَمَل އެއް އެއްވެސް އުނިއިތުރެއް ނުކުރައްވައި ހިމަނުއްވައި، ބަރާބަރު ކުރައްވާފައި ވެއެވެ. އަދި އެމީހުން ވަނީ އެ عَمَل ތަކުގެ މަތީން ހަނދާން ނައްތާލައިފައެވެ. އަދި اللَّهއީ ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގަންނަވާ ކަލާނގެއެވެ.

  7. 7

    أَلَمْ تَرَ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ مَا يَكُونُ مِن نَّجْوَىٰ ثَلَـٰثَةٍ إِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إِلَّا هُوَ سَادِسُهُمْ وَلَآ أَدْنَىٰ مِن ذَٰلِكَ وَلَآ أَكْثَرَ إِلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا۟ ۖ ثُمَّ يُنَبِّئُهُم بِمَا عَمِلُوا۟ يَوْمَ ٱلْقِيَـٰمَةِ ۚ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ

    ʹAlam tara ʹannal laaha yaʻlamu maa- fis samaawaati wa-maa fil ʹarḍ? Maa- yakoonu min najwaa s̤alaas̤atin ʹillaa Huwa raabiʻuhum wa-laa khamsatin ʹillaa Huwa saadisuhum wa-laaa ʹadnaa miñ ẓaalika wa-laaa ʹaks̤ara ʹillaa Huwa maʻahum ʹayna maa kaanoo: s̤umma yunabbiʹuhum̃ bimaa ʻamiloo Yawmal Q̣iyaamah. ʹInnal laaha bikulli shayʹin ʻAleem.

    (އޭ رَسُولُ اللَّهِ އެވެ!) ﷲ تَعالَى އުޑުތަކާއި، ބިމުގައި ވާހައި ތަކެތި ދެނެވޮޑިގެންވާކަން ކަލޭގެފާނަށް އެނގިވަޑައިނުގަންނަވާ ތޯއެވެ؟ ތިން މީހަކު ތިބެގެން نَجْوَى އެއް ކުރާނަމަ (އެބަހީ ތިން މީހަކު ތިބެގެން ސިއްރު ވާހަކައެއް ދައްކާނަމަ) އެމީހުންގެ ހަތަރުވަނަ މީހަކަށް ﷲ ވޮޑިގެންވެއެވެ. (އެއީ އެކަލާނގެ ދެނެވޮޑިގަތުމާއި، قُدْرَة ތެރިވަންތަ ކަމުގެ ގޮތުންނެވެ. އެބަހީ ހަތަރުވަނައަށް އެކަލާނގެ ދެނެވޮޑިގަތުމާއި، قُدْرَة ތެރިވަންތަ ކަމުގެ ގޮތުން އެކަލާނގެ ވޮޑިގެން ވާނެއެވެ.) އަދި ފަސް މީހުން نَجْوَى އެއް ކުރަންޏާ، ހަވަނައަށް އެކަލާނގެ ވޮޑިގެން ވެއެވެ. އަދި ކިތަންމެ މަދު ބަޔަކު نَجْوَى ކުރިޔަސް، އަދި ކިތަންމެ ގިނަ ބަޔަކު نَجْوَى ކުރިޔަސް، އަދި ކޮންމެ ތާކު ކުރިޔަސް، އެތަނެއްގައި އެ ބައެއްގެ ތެރޭގައި (ދެނެވޮޑިގަތުމާއި، قُدْرَة ތެރިކަމުގެ ގޮތުން) އެކަލާނގެ ވޮޑިގެން ވާނެއެވެ. ދެން އެމީހުން އެކުރި ހުރިހައި ކަމެއްގެ، އަދި ދެއްކި ވާހަކައެއްގެ خَبَر قِيامَة ދުވަހުން އެކަލާނގެ ދެއްވާނެއެވެ. ހަމަކަށަވަރުން ﷲ تَعالَىއީ ހުރިހައި ކަމެއް ދެނެވޮޑިގެންވާކަލާނގެއެވެ.

  8. 8

    أَلَمْ تَرَ إِلَى ٱلَّذِينَ نُهُوا۟ عَنِ ٱلنَّجْوَىٰ ثُمَّ يَعُودُونَ لِمَا نُهُوا۟ عَنْهُ وَيَتَنَـٰجَوْنَ بِٱلْإِثْمِ وَٱلْعُدْوَٰنِ وَمَعْصِيَتِ ٱلرَّسُولِ وَإِذَا جَآءُوكَ حَيَّوْكَ بِمَا لَمْ يُحَيِّكَ بِهِ ٱللَّهُ وَيَقُولُونَ فِىٓ أَنفُسِهِمْ لَوْلَا يُعَذِّبُنَا ٱللَّهُ بِمَا نَقُولُ ۚ حَسْبُهُمْ جَهَنَّمُ يَصْلَوْنَهَا ۖ فَبِئْسَ ٱلْمَصِيرُ

    ʹAlam tara ʹilal laẓeena nuhoo ʻanin najwaa s̤umma yaʻoodoona limaa nuhoo ʻanhu wa-yatanaajawna bil-ʹis̤mi walʻudwaani wa-maʻṣiyatir Rasool. Wa-ʹiẓaa jaaaʹooka ḥayyawka bimaa lam yuḥayyika bihil laahu wa-yaq̣ooloona feee ʹañfusihim Law-laa yuʻaẓẓibunal laahu bimaa naq̣ool? Ḥasbuhum Jahannam: yaṣlawnahaa, fabiʹsal maṣeer!

    نَجْوَى ކުރުން އެބަޔަކަށް ނަހީ ކުރެވުނުމަށްފަހު ދެން އަލުންވެސް އެކަމަށް އެމީހުން رُجُوع ވެ، نَجْوَى ކުރަމުންދާ މީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެމީހުން نَجْوَى ކުރަމުން އެ ދަނީ ފާފަވެރި ވެވޭ، އަދި عَداوَة ތެރި ވެވޭނޭ ގޮތުންނެވެ. އަދި رَسُولُ اللَّهِ ﷺ އާއި އުރެދުމުގައެވެ. އަދި ކަލޭގެފާނުގެ އަރިހަށް އެމީހުން އަތުވެއްޖެއްޔާ އެމީހުން ކަލޭގެފާނާ އެ ސަލާންކުރަނީ ﷲ ކަލޭގެފާނަށް ސަލާންކުރައްވާފައި ނުވާ ފަދައަކުންނެވެ. އަދި އެފަދައިން ކަންކޮށްފައި، އެމީހުން އަމިއްލަ-އަމިއްލައަށް ބުނެއެވެ. [އަހުރެމެން މި ކުރި ކަންތަކަށް، އަހުރެމެން މި ބުނި ބަހަށް ﷲ އަހުރެމެންނަށް އަނެއްކާ عَذاب ނުދެއްވާނޭ ބާވައެވެ؟ عَذاب ދެއްވާފާނޭ ކަންވެސްނޭނގެއެވެ.] އެމީހުންގެ އެ ނުބައިކަމަށް ނަރަކަ ފުދެއެވެ. قِيامَة ދުވަހުން އެމީހުން އެތާ އަނދާނެއެވެ. އެއީ ގޮސްތިބުން ވަރަށްވެސް ނުބައިވެގެންވާ ތަނެކެވެ.\nމި ދެއާޔަތުގައި ސިފަވެގެން މިދަނީ رَسُولُ اللَّهِ ގެ ޒަމާނުގައި يَهُودِي ންގެ ބަޔަކު ކަންތައް ކުރި ގޮތެއްގެ ވާހަކަ އަކާއި، އެބައިމީހުންގެ آخِر ނަތީޖާގެ ވާހަކައެވެ. (ألْواحِدِى ވިދާޅުވިއެވެ. [تَفْسِير عِلْم ވެރީން ވިދާޅުވިއެވެ. مُنافِق ންގެ މީހުންނާއި، يَهُودِي ންނާ ދެބައިމީހުން އެއްވެ ތިބެގެން ސިއްރު ވާހަކަ ދައްކާ ކަމުގައި ވިއެވެ. އެމީހުން مُؤْمِن ންގެ މީހުންނަށް ހީކުރުވަނީ مُؤْمِن ންގެ ނުބަޔަށް ސިއްރު ވާހަކަ ދައްކާ ކަމަށެވެ. ދެން އޭގެ ސަބަބުން مُؤْمِن ންގެ މީހުންނަށް ވަރަށް ހިތާމަވެރިކަން އާދެއެވެ. އެޒަމާނަކީ ހަނގުރާމައިގެ ވަގުތެވެ. އަދި مُؤْمِن ންނާއި، يَهُودِي ންނާ ދެމެދު صُلْح ގެ مُعاهَدَة އެއް ވެސް ވެފައިވާ ވަގުތެވެ. ދެންފަހެ، މި يَهُودِي ންގެ މި عَمَل ގިނަވެގެން مُؤْمِن ން رَسُولُ اللَّهِ ﷺ އަށް އެކަމުގެ شَكْوَى ދަންނަވައި ހަދައިފިއެވެ. އެހެންވެ رَسُولُ اللَّهِ ﷺ، يَهُودِي ންނަށް އެކަން މަނާކުރައްވައި، ނަހީކުރައްވައިފިއެވެ. އެހެން ނަމަވެސް އެމީހުން އެކަމުން މަނާވެ، ދުރުނުވިއެވެ. އިސްވެދިޔަ ދެ آيَة ގައި އެ އިޝާރަތް ކުރައްވާ އެއްކަމަކީ އެއީއެވެ. = فَتْحُ الْقَدِير =\nއަނެއް ވާހަކަޔަކީ يَهُودِي ންގެ މީހުން رَسُولُ اللَّهِ ﷺ ގެ އަރިހަށް އައިސް އެކަލޭގެފާނަށް ނުބައި عِبارة ން سَلام ކުރާ ވާހަކައެވެ. سَلام ކުރުމަށް އެމީހުން ބޭނުންކުރާ عِبارة އަކީ (السَّامُ عَلَيْكَ އެވެ. އޭގެ މުރާދަކީ އެކަލޭގެފާނު މަރުވުމަށް އެމީހުން دُعاء ކުރުމެވެ.) = فَتْحُ الْقَدِير =\nﷲ سُبْحانَهُ وَتَعالَى مُؤْمِن ންނަށް އެކަންކަން އަންގަވައި، އެ مُنافِق ންނާއި، يَهُودِي ންގެ خَبَر ތައް بَيان ކުރެއްވީއެވެ. އެމީހުން مُؤْمِن ންނަށް ނުބައިހީކުރުވުމަށްނުބައި ސިއްރު ވާހަކަ ދައްކާން ތިންމީހުން ތިއްބަސް ހަތަރުވަނަޔަށް އެކަލާނގެވޮޑިގެން ވާނޭ ކަމާއި، ކިތަންމެ މަދު ބަޔަކު ތިއްބަސް، އަދި ކިތަންމެ ގިނަ ބަޔަކު ތިއްބަސް، އަދި ކޮންމެ ތާކު ތިބެގެން ވާހަކަދެއްކިޔަސް ﷲ އެކަން ދެނެވޮޑިގެންވާނޭކަން އަންގަވައި بَيان ކުރެއްވީއެވެ. އަދި އިސްވެ ދިޔަފަދަ ނުބައި عَمَل ތައް ކުރާ މީހުންގެ ޖާގަޔަކީ قِيامَة ދުވަހުން ނަރަކަ ކަމާއި، އެމީހުންނަށް އެތަން ފުދޭވަރު ވާނޭކަންވެސް އެންގެވީއެވެ. މި ވާހަކަތައް ދިގުކޮށް تَفْصِيل ކޮށް تَفْسِير ފޮތްތަކުގައި ލިޔެވިގެން ވެއެވެ. އެހެންވެ، އެ ވާހަކަތައް ހަނދާންކޮށްލީއެވެ.

  9. 9

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا تَنَـٰجَيْتُمْ فَلَا تَتَنَـٰجَوْا۟ بِٱلْإِثْمِ وَٱلْعُدْوَٰنِ وَمَعْصِيَتِ ٱلرَّسُولِ وَتَنَـٰجَوْا۟ بِٱلْبِرِّ وَٱلتَّقْوَىٰ ۖ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ إِلَيْهِ تُحْشَرُونَ

    Yaaaʹayyuhal laẓeena ʹaamanooo ʹiẓaa tanaajaytum falaa tatanaajaw bil-ʹis̤mi wal-ʻudwaani wa-maʻsiyatir Rasooli wa-tanaajaw bil-birri wattaq̣waa; wattaq̣ul laahal laẓeee ʹilayhi tuḥsharoon.

    އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން نَجْوَى ކުރަންޏާ ފާފަވެރި ވެވޭފަދަ އަދި عَداوَة ތެރި ވެވޭފަދައިން نَجْوَى ނުކުރާށެވެ. އެބާވަތުގެ ވާހަކަ ނުދައްކާށެވެ. އަދި رَسُول އަށް އުރެދެވޭފަދަ نَجْوَى ނުކުރާށެވެ. އަދި އެހެނެއް ކަމަކު ތިޔަބައިމީހުން نَجْوَى ކުރަންޏާވެސް ހެޔޮކަންތަކާއި، تَقْوَى ވެރިވެވޭ ކަންކަމުގައި نَجْوَى ކުރާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް تَقْوَى ވެރި ވާށެވެ. އެކަލާނގެއީ އެކަލާނގެ حَضْرَة އަށް ތިޔަބައިމީހުން مَحْشَر ކުރެވޭނޭ ކަލާނގެއެވެ.

  10. 10

    إِنَّمَا ٱلنَّجْوَىٰ مِنَ ٱلشَّيْطَـٰنِ لِيَحْزُنَ ٱلَّذِينَ ءَامَنُوا۟ وَلَيْسَ بِضَآرِّهِمْ شَيْـًٔا إِلَّا بِإِذْنِ ٱللَّهِ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ

    ʹInnaman najwaa minash Shayṭaani liyaḥzunal laẓeena ʹaamanoo wa-laysa biḍaaarrihim shayʹan ʹillaa biʹiẓnil laah; wa-ʻalal laahi falyatawakkalil Muʹminoon.

    ހަމަކަށަވަރުން ފާފަވެރި ވެވޭ، އަދި عَدَاوَة ތެރި ވެވޭ نَجْوَى އަކީ ސައިތާނުގެ ފަރާތުން ވާ ކަމެކެވެ. އޭނާގެ ރޭވުމެކެވެ. އެއީ إِيْمَان ވެގެން ވާ މީސްތަކުންނަށް ހިތާމަވެރިކަން ޖެއްސުމަށް ޓަކައި ކުރާ ކަމެކެވެ. އެކަމަކު ﷲ ގެ އިޒުނަފުޅާ ލައިގެން މެނުވީ އެކަމުން އެމީހުންނަށް، އެބަހީ مُؤْمِن ންނަށް އެއްވެސް ގެއްލުމެއް ދެވޭނޭ ކަމުގައި ނުވެއެވެ. އަދި مُؤْمِن ން ހަމައެކަނި ﷲ އަށް وَكِيل ކޮށް، ބަރޯސާ ކުރާހުށި ކަމެވެ. އިތުބާރު ކުރާހުށި ކަމެވެ.

  11. 11

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قِيلَ لَكُمْ تَفَسَّحُوا۟ فِى ٱلْمَجَـٰلِسِ فَٱفْسَحُوا۟ يَفْسَحِ ٱللَّهُ لَكُمْ ۖ وَإِذَا قِيلَ ٱنشُزُوا۟ فَٱنشُزُوا۟ يَرْفَعِ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَٱلَّذِينَ أُوتُوا۟ ٱلْعِلْمَ دَرَجَـٰتٍ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ

    Yaaaʹayyuhal laẓeena ʹaamanooo ʹiẓaa q̣eela lakum tafassaḥoo fil majaalisi fafsahoo yafsaḥil laahu lakum. Wa-ʹiẓaa q̣eelañ shuzoo fañshuzoo yarfaʻil laahul laẓeena ʹaamanoo miñkum wallaẓeena ʹootul ʻIlma darajaat. Wallaahu bimaa taʻmaloona khabeer.

    އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. مَجْلِس ތަކުގައި (އެހެން މީހުން އިށީންނާން) [ކަލޭމެން ތަނަވަސްކޮށްލާށޭ] ކަލޭމެންނަށް ބުނެވިއްޖެއްޔާ ފަހެ ކަލޭމެން މަޖްލިސް ތަނަވަސްކޮށްލާށެވެ. އެއިރުން ﷲ ކަލޭމެންނަށް ތަނަވަސް ކޮށްދެއްވާނެއެވެ. އަދި [ކަލޭމެން ތެދުވާށޭ] ކަލޭމެންނަށް ބުނެވިއްޖެއްޔާ ދެން ކަލޭމެން ތެދުވާށެވެ. ފަހެ ﷲ ކަލޭމެންކުރެ إِيْمَان ވީ މީހުންނާއި، އަދި عِلْم އުނގެނުނު މީހުން މަތިވެރި އެތައް ދަރަޖަތަކަކަށް އުފުއްލަވާނެއެވެ. އަދި ކަލޭމެން ކުރާހައި ކަމެއްގެ خَبَر ﷲ ދެނެވޮޑިގެން ވެއެވެ. (قِيامَة ދުވަހުން އެ ކަންކަމުގެ ﷲ ކަލޭމެންނަށް ދެއްވާނެތެވެ.)\nނޯޓް: މި އާޔަތުން އިޝާރާތްވެގެން މިވަނީ رَسُولُ اللَّهِ ﷺ ގެ أصْحاب ންގެ މެދުގައި ދިމާވި مَسْأَلَة އަކަށެވެ. އެ ވާހަކައިގެ خُلاصَة އަކީ: بَدْر ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި أصْحاب ންނަށް رَسُولُ اللَّهِ ﷺ އިތުރު ސަމާލުކަމެއް ބަހައްޓަވާ ކަމުގައި ވިއެވެ. އެއްދުވަހަކު رَسُولُ اللَّهِ ﷺ އާއި، ބައެއް أصْحاب ން مَجْلِس ގައި ތިއްބަވަނިކޮށް بَدْر ހަނގުރާމައަށް ވަޑައިގެންނެވި ބޭކަލުންކުރެ ބައެއް ބޭކަލުން ވަޑައިގެން رَسُولُ اللَّهِ ﷺ އާ ސަލާންކުރައްވައި، ދެންވެސް ތިއްބެވި ބޭކަލުންނަށް سَلام ކުރެއްވުމަށްފަހު އެކަލޭގެފާނާ ދިމާވާ ގޮތަށް ކޮޅަށް ތިއްބެވިއެވެ. އެއީ އިށީނދެވަޑައިގަންނަވާނޭ ތަންކޮޅެއް ނެތިގެންނެވެ. އެ ބޭކަލުން އެހެން ތިއްބެވީތީ އެކަން އެކަލޭގެފާނަށް ބޮޑުފުޅުވެގެން އެބޭކަލުންނަށް ތަން ދެއްވާން ވެގެން ކުރީން އިށީނދެވަޑައިގެން ތިއްބެވި ބޭކަލުން ކުރެ ބައެއް ބޭކަލުން ތެދުވެވަޑައިގެންނެވުމަށް ވިދާޅުވި ކަމުގައި ވިއެވެ. އެއީ ބަދުރުގެ ބޭކަލުންނަށް މާތްކޮށް ހިއްތެވުމަށް ޓަކައެވެ. މިކަމާ ގުޅިގެން މި އާޔަތް ބާވައިލެއްވީ ކަމުގައި ވިއެވެ. = فتح القدير - إبن كثير =

  12. 12

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نَـٰجَيْتُمُ ٱلرَّسُولَ فَقَدِّمُوا۟ بَيْنَ يَدَىْ نَجْوَىٰكُمْ صَدَقَةً ۚ ذَٰلِكَ خَيْرٌ لَّكُمْ وَأَطْهَرُ ۚ فَإِن لَّمْ تَجِدُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ

    Yaaaʹayyuhal laẓeena ʹaamanooo ʹiẓaa naajaytumur Rasoola faq̣addimoo bayna yaday najwaakum ṣadaq̣ah. Ẓaalika khayrul lakum wa-ʹaṭhar. Faʹil lam tajidoo faʹinnal laaha G̣afoorur Raḥeem.

    އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން رَسُولُ اللَّهِ ﷺ އާ ސިއްރު ވާހަކައެއް ދައްކާން قَصْد ކުރަންޏާ އެ ވާހަކައެއް ދައްކާން ފެށުމުގެ ކުރީން صَدَقاة އެއް ކުރާށެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮވެފައި طاهر ކަން ބޮޑެވެ. ދެންފަހެ ތިޔަބައިމީހުންނަށް صَدَقاة ކުރާނޭ މިންވަރެއް ނުލިބިއްޖެނަމަވެސް ކުށެއް ނެތެވެ. އެހެނީ ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ، رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  13. 13

    ءَأَشْفَقْتُمْ أَن تُقَدِّمُوا۟ بَيْنَ يَدَىْ نَجْوَىٰكُمْ صَدَقَـٰتٍ ۚ فَإِذْ لَمْ تَفْعَلُوا۟ وَتَابَ ٱللَّهُ عَلَيْكُمْ فَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥ ۚ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ

    ʹAʹashfaq̣tum ʹañ tuq̣addimoo bayna yaday najwaakum ṣadaq̣aat? Faʹiẓ lam tafʻaloo wa-taabal laahu ʻalaykum faʹaq̣eemuṣ Ṣalaata wa-ʹaatuz Zakaata wa-ʹaṭeeʻul laaha wa-Rasoolah. Wallaahu khabeerum bimaa taʻmaloon.

    ތިޔަބައިމީހުން އެފަދަ ވާހަކައެއް ދެއްކުމުގެ ކުރީން صَدَقاة ދީގެން فَقِير ވެދާނޭ ކަމަށް ބިރުވެތިވަނީ ހެއްޔެވެ؟ ފަހެ އެފަދަ صَدَقاة އެއް ތިޔަބައިމީހުންނަށް ނުދެވިއްޖެއްޔާ / (ނުލިބިއްޖެ) ހިނދުން، ތިޔަބައިމީހުންނަށް ﷲ تَوْبَة ލައްވައިފިއެވެ. ދެންފަހެ ތިޔަބައިމީހުން ނަމާދު قائِم ކޮށް، ޒަކާތް ދޭށެވެ. އަދި ﷲ އަށާއި، އަދި އެކަލާނގެ رَسُول އާ އަށް ކިޔަމަންތެރި ވާށެވެ. ﷲ އީ ތިޔަބައިމީހުން ކުރާހައި ކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ. އެ ކަންކަމުގެ خَبَر قِيامَة ދުވަހުން އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވާނެއެވެ.\nނޯޓް: إبن عَبَّاس ގެ އަރިހުން إبن المُنْذِر އާއި، إبن أبِى حاتِم އާއި، إبن مَوْدُوَيه ރިވާކުރައްވައި، ނެރުއްވާފައި ވެއެވެ. مُسْلِمންގެ ބައެއް މީހުން رَسُولُ اللَّهِ ﷺ އާ އެކި ބާވަތުގެ ސުވާލުތައް ކުރުން ގިނަކުރުމުން ﷲ تَعالَى އެކަން އެކަލޭގެފާނަށް ލުއިކުރެއްވުމަށް އިރާދަކުރައްވައި، އިސްވެދިޔަ ދެ އާޔަތް ބާވައިލެއްވިއެވެ. އެޔާ ގުޅިގެން މީސްތަކުން އެކަލޭގެފާނާ ގިނަ ސުވާލުތައް ކުރުން ދޫކޮށްލައްވައިފިއެވެ. އަދި ދާދި އަވަހަށް އެ حُكْم مَنْسُوخ ވެއްޖެއެވެ. = تَفْسِير فتح القدير =

  14. 14

    ۞ أَلَمْ تَرَ إِلَى ٱلَّذِينَ تَوَلَّوْا۟ قَوْمًا غَضِبَ ٱللَّهُ عَلَيْهِم مَّا هُم مِّنكُمْ وَلَا مِنْهُمْ وَيَحْلِفُونَ عَلَى ٱلْكَذِبِ وَهُمْ يَعْلَمُونَ

    ʹAlam tara ʹilal lazeena tawallaw q̣awman g̣aḍibal laahu ʻalayhim? Maa- hum miñkum wa-laa minhum wa-yaḥlifoona ʻalal kaẓibi wa-hum yaʻlamoon.

    ﷲ އެބައިމީހުންގެ މައްޗަށް ކޯފާ ލައްވާފައިވާ މީހުން އެއީ ތިމާމެންގެ ވެރީން ކަމުގައި ހަދައިގެން އުޅޭ މީހުންނަށް ކަލޭގެފާނު ނުބައްލަވަނީތޯއެވެ؟ (އެބަހީ يَهُودِي ންނަކީ ތިމާމެންގެ ވެރީން ކަމުގައި ހަދައިގެން މިއުޅޭ مُنافِق ންގެ މީހުންގަނޑަށް ކަލޭގެފާނު ނުބައްލަވަނީތޯއެވެ؟) އެމީހުން ކަލޭމެން (مُؤْمِن ން) ގެ ތެރެއިން ނުވެއެވެ. އަދި އެމީހުން އެ يَهُودِي ންގެ ތެރެއިންވެސް ނުވެއެވެ. (އެއީ ހަމަ އޮރިޖިނަލް މުނާފިގުންނެވެ.) އެމީހުން ހަމަ ރަނގަޅަށް ދޮގެއްކަން ދެނެތިބި ހާލު ތިމާމެންނީ مُسْلِم ންނޭ ކިޔައިގެން ދޮގުހުވައި ކުރަނީއެވެ.

  15. 15

    أَعَدَّ ٱللَّهُ لَهُمْ عَذَابًا شَدِيدًا ۖ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ

    ʹAʻaddal laahu lahum ʻaẓaabañ shadeedaa: ʹinnahum saaaʹa maa- kaanoo yaʻmaloon.

    ގަދަވެގެންވާ عَذاب އެއް އެމީހުންނަށް މާތް ﷲ ތައްޔާރު ކުރައްވާނެއެވެ. އެއީ ދުނިޔޭގައި އެމީހުން ކުރަމުން ގެންދާ ކަމުގައި ވީ ނުބައި ކަންތަކުގެ ސަބަބުންނެވެ.

  16. 16

    ٱتَّخَذُوٓا۟ أَيْمَـٰنَهُمْ جُنَّةً فَصَدُّوا۟ عَن سَبِيلِ ٱللَّهِ فَلَهُمْ عَذَابٌ مُّهِينٌ

    ʹIttakhaẓooo ʹaymaanahum junnatañ faṣaddoo ʻañ Sabeelil laahi falahum ʻAẓaabum muheen.

    އެމީހުންގެ ހުވައި އެމީހުން އެ ހަދަނީ އެމީހުންގެ ފުރާނަ ސަލާމަތްކުރުމުގެ އައްޑަނައަކަށެވެ. (مُؤْمِن ންގެ ކަނޑިތަކުން ސަލާމަތްވުމުގެ ހަތިޔާރަކަށެވެ.) ފަހެ އެގޮތުން އެހެން މީހުންނަށް އެމީހުން ﷲ ގެ މަގު ބަންދުކުރަނީއެވެ. (إسلام دِين މަތީން އެހެން މީހުން ފޫހިކުރުވައި، އެ دِين އަށް ވަނުމަށް ހުރަސްއަޅަނީއެވެ.) ފަހެ އެމީހުންނަށް ހުރީ إهانة ތެރިވެގެންވާ عَذاب އެކެވެ. (އެއީ قِيامَة ދުވަހުންނެވެ.)

  17. 17

    لَّن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَـٰدُهُم مِّنَ ٱللَّهِ شَيْـًٔا ۚ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ

    Lañ tug̣niya ʻanhum ʹamwaaluhum wa-laaa ʹawlaaduhum minal laahi shayʹaa: ʹulaaaʹika ʹAṣḥaabun Naar; hum feehaa khaalidoon.

    އެމީހުންނަށް އެމީހުންގެ މުދަލުން ވިޔަސް، އަދި އެމީހުންގެ ދަރީންގެ ފަރާތުން ވިޔަސް ﷲ ގެ عَذاب ން އެމީހުން ސަލާމަތް ކުރުމަށް އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެއެވެ. އެމީހުންނީ ނަރަކައިގެ އެކުވެރީންނެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާނގައެވެ.

  18. 18

    يَوْمَ يَبْعَثُهُمُ ٱللَّهُ جَمِيعًا فَيَحْلِفُونَ لَهُۥ كَمَا يَحْلِفُونَ لَكُمْ ۖ وَيَحْسَبُونَ أَنَّهُمْ عَلَىٰ شَىْءٍ ۚ أَلَآ إِنَّهُمْ هُمُ ٱلْكَـٰذِبُونَ

    Yawma yabʻas̤uhumul laahu jameeʻañ fayaḥlifoona lahoo kamaa yaḥlifoona lakum wa-yaḥsaboona ʹannahum ʻalaa shayʹ. ʹAlaaa ʹinnahum humul kaaẓiboon!

    އަދި ﷲ އެންމެހައި މީސްތަކުން مَحْشَر އަށް ފޮނުއްވާ ދުވަހުން، މިއަދު ކަލޭމެން مُؤْمِن ންގެ ކައިރީގައި ދޮގުހުވައި ކުރާ ފަދައިން އެދުވަހުން ﷲ ގެ حَضْرَة ގައި ތިމާމެންނީ مُسْلِم ންނޭ ކިޔައި ދޮގުހުވައިތައް އެމީހުން ކުރާނެއެވެ. އަދި އެމީހުން އެ ދޮގުހުވައި ކޮށްފައި، އެމީހުން ހީކުރާނީ ތިމާމެންނަށް ފައިދާކުރާ ކަމެއް ކޮށްގެން ތިބި ކަމަށެވެ. ދަންނާށެވެ. އެމީހުންނީ ހަމަ ސީދާ ދޮގުވެރީންނެވެ.

  19. 19

    ٱسْتَحْوَذَ عَلَيْهِمُ ٱلشَّيْطَـٰنُ فَأَنسَىٰهُمْ ذِكْرَ ٱللَّهِ ۚ أُو۟لَـٰٓئِكَ حِزْبُ ٱلشَّيْطَـٰنِ ۚ أَلَآ إِنَّ حِزْبَ ٱلشَّيْطَـٰنِ هُمُ ٱلْخَـٰسِرُونَ

    ʹIstaḥwaẓa ʻalayhimush Shayṭaanu faʹañsaahum ẓikral laah. ʹUlaaaʹika Ḥizbush Shayṭaan. ʹAlaaa ʹinna Ḥizbash Shayṭaani humul khaasiroon!

    އެމީހުންގެ މައްޗަށް شَيْطان އާ ގަދަވެގަނެ، ވެރިވެގަތީއެވެ. ދެންފަހެ އެސޮރު ﷲ ގެ ذِكْر ން އެމީހުން ހަނދާން ނައްތުވައިލީއެވެ. އެމީހުންނަކީ ސައިތާނުގެ جَماعَة ގެ މީހުންނެވެ. ދަންނާށެވެ. ސައިތާނުގެ جَماعَة ގެ މީހުންނީ ހަމަ ކަނޑައެޅިގެން ގެއްލި ހަލާކުވެގެންވާ މީހުންނެވެ.

  20. 20

    إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥٓ أُو۟لَـٰٓئِكَ فِى ٱلْأَذَلِّينَ

    ʹInnal laẓeena yuḥaaaddoonal laaha wa-Rasoolahooo ʹulaaaʹika fil ʹaẓalleen.

    ހަމަކަށަވަރުން ﷲ އާއި، އެކަލާނގެ رَسُول އާ އާ خِلاف ވެ، ދެކޮޅުވެރިވާ މީހުން ވަނީ ދެރަވެ، ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ.

  21. 21

    كَتَبَ ٱللَّهُ لَأَغْلِبَنَّ أَنَا۠ وَرُسُلِىٓ ۚ إِنَّ ٱللَّهَ قَوِىٌّ عَزِيزٌ

    Katabal laahu laʹag̣libanna ʹana wa-rusulee: ʹinnal laaha Q̣awiyyun ʻAzeez.

    ﷲ ނިޔާކުރައްވައި، ނިންމަވާފައިވަނީ ﷲ އާއި، އެކަލާނގެ رَسُول ން ހަމަކަށަވަރުން ގަދަވެ، غالِب ވާނޭކަމުގެ މައްޗަށެވެ. ހަމަކަށަވަރުން ﷲ އީ ނުހަނު ގަދަފަދަވަންތަ، عِزَّة ވަންތަ ކަލާނގެއެވެ.

  22. 22

    لَّا تَجِدُ قَوْمًا يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ يُوَآدُّونَ مَنْ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوْ كَانُوٓا۟ ءَابَآءَهُمْ أَوْ أَبْنَآءَهُمْ أَوْ إِخْوَٰنَهُمْ أَوْ عَشِيرَتَهُمْ ۚ أُو۟لَـٰٓئِكَ كَتَبَ فِى قُلُوبِهِمُ ٱلْإِيمَـٰنَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ رَضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ أُو۟لَـٰٓئِكَ حِزْبُ ٱللَّهِ ۚ أَلَآ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ

    Laa- tajidu q̣awmañy yuʹminoona billaahi wal-Yawmil ʹAakhiri yuwaaaddoona man ḥaaaddal laaha wa-Rasoolahoo wa-law kaanooo ʹaabaaaʹahum ʹaw ʹabnaaaʹahum ʹaw ʹikhwaanahum ʹaw ʻasheeratahum. ʹUlaaaʹika kataba fee q̣uloobihimul ʹeemaana wa-ʹayyadahum̃ birooḥim minh. Wa-yudkhiluhum Jannaatiñ tajree miñ taḥtihal ʹanhaaru khaalideena feehaa. Raḍiyal laahu ʻanhum wa-raḍoo ʻanh. ʹUlaaaʹika Ḥizbul laah. ʹAlaaa ʹinna Ḥizbal laahi humul Mufliḥoon.

    ﷲ އަށާއި، އަދި آخِرَة ދުވަހަށް إِيْمَان ވާ މީހުން ﷲ އާއި، އެކަލާނގެ رَسُول އާ އާ އިދިކޮޅުހަދާ މީހުންނަށް ލޯބިކޮށް، ގުޅުންބަހައްޓާ ހަދާތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ. (އެބަހީ ﷲ އަށާއި، آخِرَة ދުވަހަށް إِيْمَان ވާ ބަޔަކު ﷲ އަށާއި، އެކަލާނގެ رَسُول އާއަށް އުރެދި، ދެކޮޅުހަދައި ނުކިޔަމަންތެރިވާ ބަޔަކަށް ލޯބިކޮށް، ގުޅުންބަހައްޓައި ނުހަދާނެއެވެ. އެފަދަ ކަންތައްތައް ކުރުން مُؤْمِن ންނަށް ހުއްދަވެގެން ނުވެއެވެ.) އަދި މިބުނާ ދެކޮޅުވެރި މީހުންނަކީ ތިމާމެންގެ ބަފައިން ކަމުގައި ވިޔަސް، އަދި ނުވަތަ ތިމާމެންގެ ދަރީން ކަމުގައި ވިޔަސް، އަދި ނުވަތަ ތިމާމެންގެ أَخ ން ކަމުގައި ވިޔަސް އަދި ނުވަތަ ތިމާމެންގެ ގާތްތިމާގެ މީހުން ކަމުގައި ވިޔަސް ފަރުވާލެއް ނެތެވެ. އެފަދަ މީހުންނަށް ގުޅުން ބަހައްޓައި، ލޯބިވެތިކަން ބެހެއްޓުން مُؤْمِن ންނަށް ހުއްދަވެގެން ނުވެއެވެ. އެހެނީ مُؤْمِن ންނަކީ އެމީހުންގެ ހިތްތަކަށް ﷲ إِيْمَان ކަން ދެއްވައި، ގަދަކުރައްވައި، އެކަލާނގެ حَضْرَة ން نَصْر ދެއްވާފައިވާ ބައެކެވެ. އަދި އެތަންތާނގެ ދަށުން އާރުތައް ދެމިއޮންނަ ސުވަރުގެތަކަށް އެކަލާނގެ އެމީހުން ވައްދަވާނެތެވެ. އެތަންތާނގައި އެމީހުން ދެމިތިބޭނެއެވެ. އެމީހުންނަށް ﷲ ރުއްސުން ލެއްވިއެވެ. އަދި އެމީހުންވެސް އެކަލާނގެއަށް ރުހިއްޖެއެވެ. އެއީ ﷲ ގެ جَماعَة އެވެ. ދަންނާށެވެ. ކާމިޔާބުވާނޭ މީހުންނަކީ ހަމަ ﷲ ގެ جَماعَة ގެ މީހުންނެވެ. ދަންނައެވެ. މިއާޔަތުން މިދަލީލު ކުރާ އެއްކަމަކީ މުސްލިމުންނޫންމީހުންގެ ފަރާތުން ހަމައެކަނި ސަލާމަތްވެ ރައްކާތެރިވުމަށްޓަކައިމެނުވީ މުސްލިމުނޫން މީހުންނާއި މުސްލިމުންގުޅުންބަހައްޓައި އެމީހުންނީ ތިމާމެންގެ ސަހަރޯވެރިންކަމުގައިބަލައި އެމީހުންނަށް އިތުބާރުކޮށް ގުޅުން ބަހައްޓައިހެދުން އެއްވެސް މުސްލިމަކަށް ހުއްދަނުވާނެކަމެވެ. - وَاللَّهُ وَلِيُّ التَّوْفِيْق -