Back to Quran

ސޫރަތްތައް 59

Al-Hashr

The Exile · Madani · 24 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    سَبَّحَ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ

    Sabbaḥa lillaahi maa- fis samaawaati wa-maa fil ʹarḍ: wa-Huwal ʻAzeezul Ḥakeem.

    އުޑުތަކާއި، ބިމުގައި ވާހައި ތަކެތި ﷲ އަށް تَسْبِيح ކިޔައެވެ. އެކަލާނގެ ހުސް طَاهِر ވަންތަކޮށް، تَقْدِيس ކުރެއެވެ. އެކަލާނގެއީ އެކަލާނގެ އެދިވޮޑިގެންނެވި ކޮންމެ ކަމެއް ކުރެއްވުމަށް ހުރަހެއް އަޅާނޭ އެއްވެސް ފަރާތެއް ނުވާ ގަދަފަދަވަންތަ ކަލާނގެއެވެ. އަދި ކޮންމެ ކަމެއް އޭގެ ޖާގައިގައި ބަހައްޓަވާ حَكِيم ވަންތަ ކަލާނގެއެވެ.

  2. 2

    هُوَ ٱلَّذِىٓ أَخْرَجَ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ مِن دِيَـٰرِهِمْ لِأَوَّلِ ٱلْحَشْرِ ۚ مَا ظَنَنتُمْ أَن يَخْرُجُوا۟ ۖ وَظَنُّوٓا۟ أَنَّهُم مَّانِعَتُهُمْ حُصُونُهُم مِّنَ ٱللَّهِ فَأَتَىٰهُمُ ٱللَّهُ مِنْ حَيْثُ لَمْ يَحْتَسِبُوا۟ ۖ وَقَذَفَ فِى قُلُوبِهِمُ ٱلرُّعْبَ ۚ يُخْرِبُونَ بُيُوتَهُم بِأَيْدِيهِمْ وَأَيْدِى ٱلْمُؤْمِنِينَ فَٱعْتَبِرُوا۟ يَـٰٓأُو۟لِى ٱلْأَبْصَـٰرِ

    Huwal laẓeee ʹakhrajal laẓeena kafaroo min ʹAhlil Kitaabi miñ diyaarihim liʹawwalil ḤASHR. Maa- z̤̣anañtum ʹañy yakhrujoo wa-z̤̣annooo ʹannahum Maa-niʻatuhum ḥuṣoonuhum minal laahi faʹataahumul laahu min ḥays̤u lam yaḥtasiboo, wa-q̣aẓafa fee q̣uloobihimur ruʻba yukhriboona buyootahum̃ biʹaydeehim wa-ʹaydil Muʹmineen. Faʻtabiroo yaaaʹulil ʹabṣaar!

    أَهْلُ كِتاب ންގެ ތެރެއިން ކާފަރުވި (بَنُواالنَّضِير) ގެ މީހުން، އެމީހުންގެ ގޯތި-ގެދޮރުން ފުރަތަމަ مَحْشَر އަށް (خَيْبَر އަށް) ނެރުއްވީ ހަމަ އެކަލާނގެއެވެ. އޭ مُؤْمِن ންނޭވެ. އެމީހުންގެ ގޯތި-ގެދޮރުން އެމީހުން ނުކުންނާނޭ ކަމުގައި ތިޔަބައިމީހުން ހީވެސް ނުކުރަމުއެވެ. (އެއީ އެމީހުންގެ عِزّة ތެރިކަމާއި، ފޯރުންތެރިކަމާއި، ގޯތި-ގެދޮރުގެ ވަރުގަދަކަމުންނެވެ.) އަދި އެމީހުން ހީކުރީ ﷲ ގެ حَضْرَة ން އަތުވެދާނޭ ކޯފާއާއި، عَذَاب ން ސަލާމަތްވުމަށް އެމީހުންގެ ގޯތި-ގެދޮރު ފުދޭނޭ ކަމަށެވެ. ގޯތި-ގެދޮރު އެމީހުން ސަލާމަތް ކޮށްދޭނޭ ކަމަށެވެ. ފަހެ އެހެން ނަމަވެސް އެމީހުންނަށް ﷲ ގެ އަމުރުފުޅު އައީ އެމީހުން ހީވެސް ނުކުރާ ގޮތަކަށެވެ. ﷲ އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވިއެވެ. ދެންފަހެ އެމީހުންގެ ގޯތި-ގެދޮރުތައް އެމީހުންގެ އަތްތަކުންނާއި، އަދި مُؤْمِن ންގެ އަތްތަކުންވެސް ހަލާކު ކުރަމުން ގެންދިޔައީއެވެ. އޭ ބުއްދިވެރި، ބޯހުރި މީހުންނޭވެ. ކަލޭމެން ނިކަން عِبْرة حَاصِل ކުރާށެވެ.

  3. 3

    وَلَوْلَآ أَن كَتَبَ ٱللَّهُ عَلَيْهِمُ ٱلْجَلَآءَ لَعَذَّبَهُمْ فِى ٱلدُّنْيَا ۖ وَلَهُمْ فِى ٱلْـَٔاخِرَةِ عَذَابُ ٱلنَّارِ

    Wa-lawlaaa ʹañ katabal laahu ʻalayhimul jalaaaʹa laʻaẓẓabahum fid dunyaa: wa-lahum fil ʹAakhirati ʻAẓaabun Naar.

    أزَلُ ގައި އެމީހުން مَدِينَة އިން އަރުވައިލުމުގެ ނިޔާފުޅު ﷲ ލިޔުއްވާފައި ނުވާނަމަ ދުނިޔޭގައިވެސް އެމީހުންނަށް اللَّه، عَذَاب ދެއްވައިފީހެވެ. އަދި آخِرَة ދުވަހުން އެމީހުންނަށް ހުރީ ނަރަކައިގެ عَذَاب އެވެ.

  4. 4

    ذَٰلِكَ بِأَنَّهُمْ شَآقُّوا۟ ٱللَّهَ وَرَسُولَهُۥ ۖ وَمَن يُشَآقِّ ٱللَّهَ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ

    Ẓaalika biʹAnnahum shaaaq̣q̣ul laaha wa-Rasoolah. Wa-mañy yushaaaq̣q̣il laaha faʹinnal laaha Shadeedul ʻIq̣aab.

    ދުނިޔެއާއި، آخِرَة ގައި އެމީހުންނަށް އެކަން ކަނޑައެޅި ނިމުނީ ހަމަކަށަވަރުން ﷲ އަށާއި، އެކަލާނގެ رَسُول އާ އާ ދެފަރާތަށް އެމީހުން ނުކިޔަމަންތެރިވެ، خِلاف ވުމުގެ ސަބަބުންނެވެ. އަދި ﷲ އާ خِلاف ވެ، ދެކޮޅުވެރިވާ މީހާ ދަންނައެވެ. (ހަމަކަށަވަރުން ﷲ އެމީހަކަށް ބޮޑުވެގެންވާ عُقُوبَة ދެއްވައެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ عُقُوبَة ދެއްވުން ގަދަފަދަވެވޮޑިގެންވާ ކަލާނގެއެވެ.\nދަންނައެވެ. އިސްވެދިޔަ ހަތަރު آيَة ގައި އިޝާރާތްވެގެން އެ ވަނީ رَسُولُ الله ﷺ ގެ ޒަމާނުގައި مَدِينَة ވަޒަންވެރިވެގެން ތިބި يَهُودِي ންގެ بَنُواالنَّضِير قَبِيلَة ގެ މީހުންގެ ވާހަކައަށެވެ. އެކަން ވީގޮތެއް ކަމުގައި تَفْسِير عِلْم ވެރީން ލިޔުއްވާފައި ވަނީ އަންނަނިވި ފަދައިންނެވެ. رَسُولُ الله އާއި، ބައެއް أصْحاب ން (މަރުގެ ދިޔައެއްގެ މައްސަލައެއް ހަމަޖެއްސުމަށް ޓަކައި) بَنُواالنَّضِير ގެ قَبِيلَة އަށް ވަޑައިގެންނެވިއެވެ. އެތަނަށް ވަޑައިގަތުމުން އެ قَبِيلَة ގެ މީހުން އެކަލޭގެފާނާއި، أصحاب ން ރަނގަޅަށް ބައިތިއްބާފައި އަދި އެކަލޭގެފާނުގެ ކަންތައް ރަނގަޅަށް ހަމަޖައްސާނޭ ކަމުގައި ދަންނަވާފައި އެކި މީހުން އެކި ދިމާއަށް ދިޔައީއެވެ. ދެންފަހެ އެމީހުން ސައްލާކޮށްފައި ނިންމީ رَسُولُ ﷲ ގެ އިސްތަށިފުޅުގެ މައްޗަށް ބޮޑު ހިލައެއް ވައްޓައިލައި، އެކަލޭގެފާނު އަވަހާރަ ކޮށްލާށެވެ. އެކަލޭގެފާނު އިންނެވީ ގެއެއްގެ ފާރެއްގެ ހިޔަލުގައި އިށީނދެވަޑައިގެންނެވެ. ދެން އެބައިމީހުން ގެމައްޗަށް އަރައި، ހިލަ ވައްޓައިލުމުގެ حَرَكاة ހަމަ ހިންގުމުން އެކަލޭގެފާނަށް އެކަން ﷲ އަންގަވައިފިއެވެ. ދެންފަހެ، އެކަލޭގެފާނު އަވަހަށް އެތަނުން ތެދުވެވަޑައިގެން مَدِينَة އަށް ވަޑައިގަތީއެވެ. އެހައިތަނުން رَسُولُ اللَّهِ ﷺ އާއި، އެމީހުންނާ ވެވިފައިވާ عَهْد އެމީހުން އުވައިލީއެވެ. އަދި އެމީހުންނާ ހަނގުރާމައަށް ދިޔުމުގެ أمر ފުޅު ނުކުމެއްޖެއެވެ. ދެންފަހެ އެކަލޭގެފާނާއި، أصْحاب ބޭކަލުން ވަޑައިގެން އެމީހުންގެ ގޯތި-ގެދޮރު حَصار ކުރައްވައި، ވަށައިލައްވައިފިއެވެ. އެންމެފަހުން ދެފަރާތުން ވާހަކަދެކެވިގެން ނިމުނީ އެމީހުން ނުމަރައި، އެކީއެކަށް އެމީހުން مَدِينَة އިން ނުކުތުމަށެވެ. ނުކުމެގެން ދާއިރު ކޮންމެ މީހަކުވެސް جَمَل އެއް ބަރުކޮށް ގެންދެވޭ ތަކެތި ގެންދިއުމަށެވެ. ދެން ހުރިހާ މުދާ ބެހެއްޓުމަށެވެ. އެއީ ﷲ ގެ أمر ފުޅު އައި ގޮތެވެ. އެހެންމީހަކު ކުރިކަމެއްނޫނެވެ. މީހުން ހީވެސް ނުކުރާ ގޮތަކަށެވެ. ދެން އެމީހުން ނުކުމެގެން ދިޔައީ އެއްބަޔަކު خَيْبَر އަށެވެ. އަނެއް ބަޔަކު شام ކަރައަށެވެ. އެމީހުން ދަމުން ގެދޮރުގައި ހުރި ތަކެތީގެ ތެރެއިން އެމީހުންނަށް ގެންދާން ފެނުނު އެއްޗެއް ގެންދިޔައީއެވެ. ގެދޮރުގެ ތަންތަން ހަލާކުކޮށްގެންވެސް ގެންދިޔަ ކަމުގައި ވެއެވެ. އަނެއް ކޮޅުން އެތަން ހިފާންވެގެން مُؤْمِن ން ބައެއް ގަސްވެސް ކަނޑައި، ކަދުރު ރުއް ކަނޑައި ހެދިކަމަށް ވެއެވެ. އަދި ގޯތި-ގެދޮރުންވެސް ބައެއްވަރު ހަލާކު ކުރި ކަމުގައި ވެއެވެ. އެވާހަކައަށް އިޝާރާތް ކުރައްވައި قُرْآن ގައި 'يُخْرِبُونَ بُيُوتَهُم بِأَيْدِيهِمْ وَأَيْدِي الْمُؤْمِنِينَ' يَعْنِي އެމީހުންގެ އަތްތަކުންނާއި، مُؤْمِن ންގެ އަތްތަކުން އެމީހުންގެ ގެތައް ހަލާކު ކުރަނީއެވެ. މިފަދައިން އެންގެވިއެވެ. ދެން މި حَادِثَة އާ ބެހޭ އަނެއް ބައި އަންނަނިވި آيَة ތަކުގައި بَيان ވެގެން އެ އަންނަނީއެވެ.

  5. 5

    مَا قَطَعْتُم مِّن لِّينَةٍ أَوْ تَرَكْتُمُوهَا قَآئِمَةً عَلَىٰٓ أُصُولِهَا فَبِإِذْنِ ٱللَّهِ وَلِيُخْزِىَ ٱلْفَـٰسِقِينَ

    Maa- q̣aṭaʻtum mil leenatin aw taraktumoohaa q̣aaaʹimatan ʻalaaa ʹuṣoolihaa fabiʹiẓnil laahi wa-liyukhziyal faasiq̣een.

    މޮޅު ކަދުރުގެ ތެރެއިން ތިޔަބައިމީހުން ކެނޑިނަމަ ކެނޑި ރުކެއް ވިޔަސް، ނުވަތަ ނުކަނޑައި އޭގެ ބުޑުގެ މަތީގައި ދޫކުރި ރުކެއްވިޔަސް، އެ ހުރިހައި ކަމަކީ ވެސް ހަމަ ﷲ ގެ إذْن ފުޅަށް ހިނގައިދިޔަ ކަންކަމެވެ. އަދި فاسِق ވެ، ނުބައިވި بَنُواالنَّضِير ގެ މީހުންނާއި، ދެންވެސް އެފަދަ فاسِق ން ދެރަކޮށް ނިކަމެތިކުރުމަށް ޓަކައި ﷲ ނިޔާކުރެއްވި ގޮތެވެ.

  6. 6

    وَمَآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنْهُمْ فَمَآ أَوْجَفْتُمْ عَلَيْهِ مِنْ خَيْلٍ وَلَا رِكَابٍ وَلَـٰكِنَّ ٱللَّهَ يُسَلِّطُ رُسُلَهُۥ عَلَىٰ مَن يَشَآءُ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ

    Wa-maaa ʹafaaaʹal laahu ʻalaa Rasoolihee minhum famaaa ʹawjaftum ʻalayhi min khayliñw walaa rikaabiñw walaakinnal laaha yusalliṭu rusulahoo ʻalaa mañy yashaaaʹ. Wallaahu ʻalaa kulli shayʹiñ Q̣adeer.

    އަދި އެމީހުންގެ ކިބައިން، އެބަހީ بَنُواالنَّضِير ޔަހޫދީންގެ އަތުން ﷲ އެކަލާނގެ رَسُول އާއަށް ރައްދުކޮށްދެއްވި މުދައު ދަންނައެވެ. އެ މުދާ ހޯދުމަށް ތިޔަބައިމީހުން مُؤْمِن ން އަހަކަށް ސަވާރުވެ، އަދި جَمَل އެއްގެ މައްޗަށް ސަވާރުވެ އަވަސްވެ ނުގަންނަމުއެވެ. އެބަހީ ގަދަ ހަނގުރާމަ ނުކުރަމުއެވެ. އަދި އެހެން ނަމަވެސް ﷲ އެދިވޮޑިގެންނެވި ބައެއްގެ މައްޗަށް އެކަލާނގެ رَسُول ބޭކަލުން ފޮނުއްވައި، ގަދަކުރައްވައެވެ. ﷲ އީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ކަލާނގެއެވެ.\nދަންނައެވެ. بَنُواالنَّضِير ޔަހޫދީންގެ އަތުން رَسُولُ اللَّهِ ﷺ އަށް ﷲ مِلْك ކޮށްދެއްވި މުދަލަކީ އެހެނިހެން ހަނގުރާމައިގައި غَنِيْمَة މުދާ ލިބޭގޮތަށް ލިބުނު މުދަލެއް ނޫނެވެ. مُؤْمِن ންގެ އެއްވެސް މީހަކު އަސްމައްޗަށް ސަވާރުވެ، ގަދަ ހަނގުރާމަކޮށްގެން ހޯދި މުދަލެއް ނޫނެވެ. ދެފަރާތުގައި ވާހަކަދެކެވުނު ގޮތުން، އެމީހުން ބަހައްޓާފައި ދިޔަ މުދަލެކެވެ. އެހެންވެ އެ މުދަލަކީ ހަނގުރާމަ ނުކޮށް مُشْرِك ންގެ އަތުން އަތުވި މުދަލެކެވެ. އެފަދަ މުދަލަށް ކިޔަނީ فَيْءُ މުދަލެވެ. އެފަދަ މުދާ ބަހާންވީ ގޮތް ދެން މިއަންނަ އާޔަތުގައި تَفْصِيل ކޮށް އެ ވަނީއެވެ.

  7. 7

    مَّآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنْ أَهْلِ ٱلْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَٱبْنِ ٱلسَّبِيلِ كَىْ لَا يَكُونَ دُولَةًۢ بَيْنَ ٱلْأَغْنِيَآءِ مِنكُمْ ۚ وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ

    Maaa ʹafaaaʹal laahu ʻalaa Rasoolihee min ʹahlil Q̣uraa falillaahi wa-lir-rasooli wa-liẓil q̣urbaa wal-yataamaa walmasaakeeni wabnis sabeeli kay laa- yakoona doolatam baynal ʹag̣niyaaaʹi miñkum. Wa-maaa ʹaataakumur Rasoolu fakhuẓoohu wa-maa nahaakum ʻanhu fañtahoo. Wattaq̣ul laah; ʹinnal laaha Shadeedul ʻIq̣aab.

    ހަނގުރާމަ ނުކޮށް، فَتْح ކުރެވޭ ރަށްރަށުން ﷲ އެކަލާނގެ رَسُول އަށް ރައްދުކޮށްދެއްވާ މުދާ ހުންނާނީ 1- ﷲ އަށާއި، 2- އެކަލާނގެ رَسُول އާއަށާއި، 3- رَسُولُ اللَّهِ ﷺ ގެ ގާތްތިމާގެފުޅު ބޭފުޅުން (بَنُو هاشِم އާއި، بَنُوالمُطَّلِب ން) ނަށާއި، 4- يَتِيم ންނަށާއި، 5- مِسْكِين ންނަށާއި، 6- ދަތުރުވެރީންނަށާއި އެވެ. އެހެން އެކަން ﷲ ނިޔާކުރެއްވީ ތިޔަބައިމީހުންކުރެ މުއްސަނދީންގެ އަތްމަތީގައި އެ މުދާ ނުދެމެހެއްޓުމަށެވެ. ފަހެ ތިޔަބައިމީހުންނަށް رَسُول އާ ދެއްވި އެއްޗެއްގައި (އަދި އެކަލޭގެފާނު ކުރެއްވި أمْر ފުޅެއްގައި) ތިޔަބައިމީހުން ހިފާށެވެ. އަދި އެ އެއްޗަކުން ނުވަތަ އެކަމަކުން ތިޔަބައިމީހުންނަށް އެކަލޭގެފާނު މަނާކުރެއްވި ކޮންމެ އެއްޗަކުން ވިޔަސް، އަދި ކަމަކުން ވިޔަސް ތިޔަބައިމީހުން ދުރުވެގަންނާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. ހަމަކަށަވަރުން ﷲ އީ عُقُوبَة ގަދަފަދަވަންތަވެ ވޮޑިގެންވާ ކަލާނގެއެވެ.

  8. 8

    لِلْفُقَرَآءِ ٱلْمُهَـٰجِرِينَ ٱلَّذِينَ أُخْرِجُوا۟ مِن دِيَـٰرِهِمْ وَأَمْوَٰلِهِمْ يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا وَيَنصُرُونَ ٱللَّهَ وَرَسُولَهُۥٓ ۚ أُو۟لَـٰٓئِكَ هُمُ ٱلصَّـٰدِقُونَ

    Lilfuq̣araaaʹil Muhaajireenal laẓeena ʹukhrijoo miñ diyaarihim wa-ʹamwaalihim yabtag̣oona Faḍlam minal laahi wa-Riḍwaanañw wayañṣuroonal laaha wa-Rasoolah: ʹulaaaʹika humuṣ Ṣaadiq̣oon;―

    فَيْءُ މުދާ އެއީ فَقِير مُهاجِريّ ބޭކަލުންނަށެވެ. (މި އާޔަތުގައި އެވަނީ ކުރީގެ آيَة އަށް تَأْكِيد ކޮށްދެއްވާފައެވެ. فَقِير مُهاجِريّ ބޭކަލުންގެ މުރާދަކީ رَسُولُ اللَّهِ ﷺ ގެ ގާތްތިމާގެފުޅު ބޭފުޅުންނެވެ. އެއީ ކުރީގެ އާޔަތުގައި އެވާ ذَوِى الْقُرْبَى ގެ މުރާދެވެ.) އެބައިމީހުންނަކީ އެބައިމީހުންގެ ގޮވަތި ގެދޮރާއި، މުދަލުން ނެރެވުނު މީހުންނެވެ. އެއީ ކާފަރުންގެ އުނދަގުލާހެދި مَكّة އިން ގޯތިގެދޮރާއި، މުދާ ދޫކޮށް هِجْرَة އަށް އައި މީހުންނެވެ. އެއީ ﷲ ގެ ރުއްސެވުން އެދިގެންނާއި، އަދި ﷲ އަށާއި، (ﷲ ގެ دِين އަށާއި) އެކަލާނގެ رَسُول އާއަށް نَصْر ދިނުމަށް ޓަކައެވެ. ހަމަކަށަވަރުން އެމީހުންނީ ތެދުވެރީންނެވެ. (މި އާޔަތުގައި މިވަނީ مُهاجِرِيّ ބޭކަލުންނަށް ވާ تَعْرِيف އާއި، ثَناء އެވެ. ދެން މިއަންނަ އާޔަތުގައި އެވަނީ أنْصارِيّ ބޭކަލުންނަށް ވާ تَعْرِيف އާއި، ثَناء އެވެ.)

  9. 9

    وَٱلَّذِينَ تَبَوَّءُو ٱلدَّارَ وَٱلْإِيمَـٰنَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِى صُدُورِهِمْ حَاجَةً مِّمَّآ أُوتُوا۟ وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ

    Wallaẓeena tabawwaʹud daara wal-ʹeemaana miñ q̣ablihim yuḥibboona man haajara ʹilayhim wa-laa yajidoona fee ṣudoorihim ḥaajatam mimmaaa ʹootoo wa-yuʹs̤iroona ʻalaaa ʹañfusihim wa-law kaana bihim khaṣaaṣah. Wa-mañy yooq̣a shuḥḥa nafsihee faʹulaaaʹika humul Mufliḥoon.

    އަދި ތިމާމެންގެ ގާތަށް هِجْرَة އަށް ވަޑައިގަންނަވާ ބޭކަލުން ވަޑައިގަތުމުގެ ކުރީން އީމާންވެ ވަޑައިގެން ތިމާމެންގެ ގޯތިގެދޮރު ތައްޔާރުކޮށްދެއްވައި ހަމަޖައްސައިދެއްވި أنْصارِيّ ބޭކަލުން (ދަންނައެވެ.) އެ ބޭކަލުންގެ ގާތަށް هِجْرَة އަށް ވަޑައިގަންނަވާ ބޭކަލުންނަށް ލޯބިކުރައްވައެވެ. އަދި مُهاجِرِيّ ބޭކަލުންނަށް ދެއްވުނު فَيْءُ މުދަލާމެދު އެއްވެސް ރުޅިވެރިކަމެއް، حَسَد ވެރިކަމެއް އެ ބޭކަލުންގެ ހިތްޕުޅުތަކުގައި ނުވެއެވެ. އަދި ކަމަކާމެދު ނުވަތަ އެއްޗަކާމެދު ތިމާމެންގެ نَفْس ތައް ކިތަންމެ ބޭނުމެއް ވެފައި ވިޔަސް އެބޭކަލުން އެހެން ބޭކަލުންގެ ބޭނުންތައް އިސްކުރައްވައެވެ. مُهاجِرِيّ ބޭކަލުންނަށް އިސްކަން ދެއްވައެވެ. ތިމާމެންގެ نَفْس ތައް ފަސްކުރައްވައެވެ. އަދި އެމީހާގެ نَفْس ގެ ދަހިވެތިކަމުން ސަލާމަތްވެ، ރައްކާތެރިވެއްޖެ މީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އެމީހުންނީ كامِياب ވެ، نَصِيب ވެރިވެއްޖެ މީހުންނެވެ. (މި އާޔަތުގައި މި ވަނީ أنْصارِيّ ބޭކަލުންނަށް تَعْرِيف އާއި، ثَناء وَحِي ކުރައްވާފައެވެ. އެބޭކަލުންނީ ތިމާމެންގެ މުދަލާއި، އަނބީންވެސް ބައިކުރައްވާފައި مُهاجِرِيّ ބޭކަލުންނަށް ދެއްވި ބޭކަލުންނެވެ.) ދެން މި އަންނަ އާޔަތުގައި މިވަނީ أنْصارِيّ ބޭކަލުންނަށްފަހު ދެން މި أُمَّة އަށް އަންނާނޭ ހެޔޮލަފާ މީހުންނަށް تَعْرِيف އާއި، ثَناء އެވެ. އެމީހުންގެ ބައެއް ސިފައެވެ.

  10. 10

    وَٱلَّذِينَ جَآءُو مِنۢ بَعْدِهِمْ يَقُولُونَ رَبَّنَا ٱغْفِرْ لَنَا وَلِإِخْوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلْإِيمَـٰنِ وَلَا تَجْعَلْ فِى قُلُوبِنَا غِلًّا لِّلَّذِينَ ءَامَنُوا۟ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ

    Wallaẓeena jaaaʹoo mim baʻdihim yaq̣ooloona Rabbanag̣ fir lanaa wa-liʹikhwaaninal laẓeena sabaq̣oonaa bil-ʹEemaani wa-laa tajʻal fee q̣uloobinaa g̣illallil laẓeena ʹaamanoo Rabbanaaa ʹinnaka Raʹoofur Raḥeem.

    އަދި އެ ބޭކަލުންގެ ފަހުން (އެބަހީ مُهاجِريّ ންނާއި، أنْصارِيّ ބޭކަލުންގެ ފަހުން) ދެން އައި މީހުން (ދަންނައެވެ.) އެމީހުން ﷲ އަށް ދަންނަވައެވެ. އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންނާއި، އަދި إيْمان ކަމުގައި އިސްވެގަތް އަޅަމެންގެ أخ ންނަށް ފާފަ ފުއްސަވާނދޭވެ! އަދި إيْمان ވި މީސްތަކުންނާމެދު އަޅަމެންގެ ހިތްތަކުގައި އެއްވެސް حَسَد ވެރިމެއް، ރުޅިވެރިކަމެއް ނުލައްވާނދޭވެ! އޭ އަޅަމެންގެ رَبّ އެވެ! ހަމަކަށަވަރުން އިބަ ރަސްކަލާނގެއީ އޯގާވަންތަކަން ނުހަނު ބޮޑުވެގެންވާ، ގިނަގިނައިން رَحْمَة ލައްވާ ރަސްކަލާނގެއެވެ.

  11. 11

    ۞ أَلَمْ تَرَ إِلَى ٱلَّذِينَ نَافَقُوا۟ يَقُولُونَ لِإِخْوَٰنِهِمُ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ لَئِنْ أُخْرِجْتُمْ لَنَخْرُجَنَّ مَعَكُمْ وَلَا نُطِيعُ فِيكُمْ أَحَدًا أَبَدًا وَإِن قُوتِلْتُمْ لَنَنصُرَنَّكُمْ وَٱللَّهُ يَشْهَدُ إِنَّهُمْ لَكَـٰذِبُونَ

    ʹAlam tara ʹilal laẓeena naafaq̣oo yaq̣ooloona liʹikhwaanihimul laẓeena kafaroo min ʹAhlil Kitaabi laʹin ʹukhrijtum lanakhrujanna maʻakum wa-laa nuṭeeʻu feekum ʹaḥadan ʹabadañw waʹiñ q̣ootiltum lanañṣurannakum. Wallaahu yashhadu ʹinnahum lakaaẓiboon.

    (އޭ މާތްވެގެންވާ رَسُول އާއެވެ.) مُنافِق ވެގެން މި އުޅޭ މީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެމީހުންނަށް ނިކަން ބައްލަވާށެވެ. أَهْلُ كِتاب ންގެ ތެރެއިން ކާފަރުވި، އެމީހުންގެ أخ ންނަށް އެމީހުން ބުނެއެވެ. [ކަލޭމެން ރަށުން ނެރެވިއްޖެއްޔާ ހަމަކަށަވަރުން ކަލޭމެންނާއެކު އަހުރެމެން ނުކުންނަ ހުށީމެވެ. އަދި ކަލޭމެންގެ نِسْبَة ގައި އެއްވެސް ބަޔަކަށް އަހުރެމެން ދުވަހަކުވެސް ކިޔަމަން ނުވާހުށީމެވެ. އަދި ކަލޭމެންނާ ހަނގުރާމަ ވެވެންޏާ ހަމަކަށަވަރުން އަހުރެމެން ކަލޭމެންނަށް نَصْر ދޭހުށީމެވެ.] (މިއީ އެމީހުން ބުނި ބަސްތަކެވެ. މި ބަސްތައް އެއީ ދޮގެއް ކަމުގައި ﷲ ހެކިވެވޮޑިގަންނަވަނީއެވެ. އެކަލާނގެ وَحِي ކުރައްވާފައި އެވަނީ) ހަމަކަށަވަރުން އެމީހުން އެ ބުނާ ބަސްތަކުގައި އެމީހުންނަކީ ދޮގުވެރީން ކަމުގައި ﷲ ހެކިވެވޮޑިގަންނަވައެވެ.

  12. 12

    لَئِنْ أُخْرِجُوا۟ لَا يَخْرُجُونَ مَعَهُمْ وَلَئِن قُوتِلُوا۟ لَا يَنصُرُونَهُمْ وَلَئِن نَّصَرُوهُمْ لَيُوَلُّنَّ ٱلْأَدْبَـٰرَ ثُمَّ لَا يُنصَرُونَ

    Laʹin ʹukhrijoo laa- yakhrujoona maʻahum; walaʹiñ q̣ootiloo laa- yañṣuroonahum; wa-laʹin naṣaroohum layuwallunnal ʹadbaar; s̤umma laa- yuñṣaroon.

    އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން رَسُولُ اللَّهِ ﷺ އާ ސިއްރު ވާހަކައެއް ދައްކާން قَصْد ކުރަންޏާ އެ ވާހަކައެއް ދައްކާން ފެށުމުގެ ކުރީން صَدَقاة އެއް ކުރާށެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮވެފައި طاهر ކަން ބޮޑެވެ.

  13. 13

    لَأَنتُمْ أَشَدُّ رَهْبَةً فِى صُدُورِهِم مِّنَ ٱللَّهِ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ

    Laʹañtum ʹashaddu rahbatañ fee ṣudoorihim minal laah. Ẓaalika biʹannahum q̣awmul laa yafq̣ahoon.

    (އޭ مُؤْمِن ންނޭވެ.) އެ مُنافِق ންގެ ހިތްތަކުގައި ކަލޭމެންގެ މައްޗަށް އޮންނަ ބިރު ﷲ ގެ މައްޗަށް އެމީހުންގައި އޮންނަ ބިރަށްވުރެވެސް މާ ބޮޑެވެ. އެހެން އެވަނީ ހަމަކަށަވަރުން އެމީހުންނަކީ އެއްޗެއް ނުވިސްނޭ ބަޔަކު ކަމުގައި ވީތީއެވެ. ދަންނައެވެ. مُنَافِقُ ންގެ ހިތުގައި ﷲ ގެ މައްޗަށް އޮންނަ ބިރަށްވުރެ رَسُول އާ އަށާއި، مُؤْمِن ތަކުންނަށް އޮންނަ ބިރު ގަދަވެގެން ވަނީ ﷲ ގެ ކޯފާއާއި، عَذَاب ލަސްކުރައްވާފައި ވުމާއި، مُؤْمِن ންގެ ފަރާތުން އަންނަ عَذَاب އާއި، ނުރައްކާ، ކުއްލިވެފައި އަވަސްވާތީއެވެ. އެކަމަކު އެއީ اللَّهގެ أمْر ފުޅަށް مُؤْمِن ން ހިންގަމުން ގެންދާ ކަންތައް ކަމެއް އެމީހުންނަކަށް ނުވިސްނެއެވެ.

  14. 14

    لَا يُقَـٰتِلُونَكُمْ جَمِيعًا إِلَّا فِى قُرًى مُّحَصَّنَةٍ أَوْ مِن وَرَآءِ جُدُرٍۭ ۚ بَأْسُهُم بَيْنَهُمْ شَدِيدٌ ۚ تَحْسَبُهُمْ جَمِيعًا وَقُلُوبُهُمْ شَتَّىٰ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْقِلُونَ

    Laa- yuq̣aatiloonakum jameeʻan ʹillaa fee q̣uram muḥaṣṣanatin ʹaw miñw waraaaʹi judur. Baʹsuhum̃ baynahum shadeed: taḥsabuhum jameeʻañwwa q̣uloobuhum shattaa: ẓaalika biʹannahum q̣awmul laa yaʻq̣iloon.

    (އޭ مُؤْمِن ންނޭވެ.) އެ مُنافِق ންނާއި، يَهُودِي ން އެކުއެކުގައި ފައުޅުގައި ތިބެގެން ކަލޭމެންނާ ހަނގުރާމަ ނުކުރާނެއެވެ. އެމީހުން ހަނގުރާމަ ކުރިޔަސް ކުރާނީ ރައްކާތެރިވެގެންވާ ކޯއްޓޭތަކެއްގައި ފިލައި ތިބެގެންނެވެ. ނުވަތަ ބިތްތަކެއްގެ ނިވަލުގައި ތިބެގެންނެވެ. އެމީހުން އެކަކު އަނެކަކަށް ދެކޮޅުވެރިކަމާއި، ރުޅިވެރިކަން ނުހަނު ގަދަވެގެން ވެއެވެ. ކަލޭމެން ހީކުރަނީ އެމީހުން ނިކަން އެއްބައިވެފައި އެކަތިގަނޑުކަމަށް ތާއެވެ؟! އެކަމަކު އެމީހުންގެ ހިތްތައް ވަނީ ބައިބައިވެ، إخْتِلاف ވެގެންނެވެ. އެކަން އެހެން އެވަނީ ހަމަކަށަވަރުން އެމީހުންނަކީ ނުވިސްނޭ، ބުއްދި ނުކުރެވޭ ބަޔަކު ކަމުގައި ވީތީއެވެ.

  15. 15

    كَمَثَلِ ٱلَّذِينَ مِن قَبْلِهِمْ قَرِيبًا ۖ ذَاقُوا۟ وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ

    Kamas̤alil laẓeena miñ q̣ablihim q̣areebañ ẓaaq̣oo wa-baala ʹamrihim; wa-lahum ʻaẓaabun ʹaleem;―

    މިމީހުންގެ މިސާލަކީ ދާދި ގާތް ماضِى އެއްގައި މިމީހުންގެ ކުރީން ވޭތިވެދިޔަ މީހުންގެ މިސާލެވެ. ފަހެ އެމީހުންވެސް އެމީހުން ކުރި ނުބައި ކަންތަކުގެ ރަހަ ލިބިގަތީއެވެ. އަދި އެމީހުންނަށް ހުރީ ވޭންދެނިވި عَذَاب އެވެ.\nދަންނައެވެ. މި އާޔަތުގައި މި އިޝާރާތްވާ ބަޔަކީ مَكَّة ގެ مُشْرِك ންނެވެ. بَدْر ހަނގުރާމައިގައި ބައިވެރިވި ކާފަރުންގެ ވާހަކައެވެ. އެމީހުންވެސް އެމީހުން ކުރި ނުބައި ކަންތަކުގެ ރަހަ ލިބިގަތީއެވެ. بَدْر ހަނގުރާމަ ހިނގައި ދިޔައީ بَنُوالنَّضِير މީހުންގެ މި ކަންތައްގަނޑުގެ 6 މަސްދުވަސް ކުރީންނެވެ. بَدْر ގައި مَكَّة ގެ مُشْرِك ން އެމީހުން ކުރި ކަންތަކުގެ ބޮނޑި ބުއީއެވެ. މިމީހުންވެސް އެމީހުންގެ ކަންތަކުގެ ބޮނޑި ބުއީއެވެ. وَاللَّهُ أعْلَمُ

  16. 16

    كَمَثَلِ ٱلشَّيْطَـٰنِ إِذْ قَالَ لِلْإِنسَـٰنِ ٱكْفُرْ فَلَمَّا كَفَرَ قَالَ إِنِّى بَرِىٓءٌ مِّنكَ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَـٰلَمِينَ

    Kamas̤alish Shayṭaani ʹiẓ q̣aala lil-ʹiñsaanik fur: falammaa kafara q̣aala ʹinnee bareeeʹum miñka ʹinneee ʹakhaaful laaha Rabbal ʻAalameen!

    އެމީހުންގެ (يَعْنِي މުނާފިގުންނާއި، يَهُودِي ންގެ) މިސާލަކީ ސައިތާނާގެ މިސާލެވެ. އެ ސައިތާނުވެސް އިންސާނުން ގާތު ކާފަރުވާށޭ ބުނާނެއެވެ. އަދި ކާފަރުވާނޭ ވަސްވާސްވެސް ލައި ހަދާފައި އެ އިންސާނާ ކާފަރު ހަމަ ވުމުން ސައިތާނާ އެ އިންސާނާއާ ދިމާއަށް ބުނާނެއެވެ. [އަހުރެން ކަލޭގެ ކިބައިން ދުރުވެ، ބަރީއަވެގެންފީމެވެ. عالَم ތަކުގެ ވެރި رَبّ އަށް އަހުރެން ބިރުގަންނަމެވެ.]

  17. 17

    فَكَانَ عَـٰقِبَتَهُمَآ أَنَّهُمَا فِى ٱلنَّارِ خَـٰلِدَيْنِ فِيهَا ۚ وَذَٰلِكَ جَزَٰٓؤُا۟ ٱلظَّـٰلِمِينَ

    Fakaana ʻaaq̣ibatahumaaa ʹannahumaa fin Naari khaalidayni feehaa. Wa-ẓaalika jazaaaʹuz̤̣ z̤̣aalimeen.

    ފަހެ އެ ދެމީހުންގެ آخِر ގެ ނިމުމަކީ ނަރަކައެވެ. ދެމީހުންވެސް އެތާ ދެމިތިބޭ حال ގައެވެ. އަދި އަނިޔާވެރީންގެ جَزاء އަކީ އެއީއެވެ.\nދަންނައެވެ. މުނާފިގުންވެސް يَهُودِي ންނަށް އެ ހުރިހައި ހިތްވަރެއް ދީފައި އެމީހުން مَدِينَة އިން ނުކުމެގެން ދިޔައިރު އެމީހުންނާއެކު ދިޔައީއެއްވެސް ނޫނެވެ. އަދި އެއްވެސް نَصْر އެއްވެސް ދިނީއެއް ނޫނެވެ. ސައިތާނުވެސް އިންސާނާއާ މެދު ކަންކުރީ ހަމަ އެހެންނެވެ.

  18. 18

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ

    Yaaaʹayyuhal laẓeena ʹaamanut taq̣ul laaha Waltañz̤̣ur nafsum maa q̣addamat lig̣ad. Wattaq̣ul laah: ʹInnal laaha khabeerum bimaa taʻmaloon.

    އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ! تَقْوَى ވެރި ވާށެވެ! އަދި ކޮންމެ نَفْس އެއްވެސް މާދަމާ، قِيامَة ދުވަހަށް ޓަކައި ރައްކާކުރީ ކޮން عَمَل އެއްތޯ ބަލައި تَحْقِيق ކުރާހުށި ކަމެވެ! އަދި ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން ކުރާ ހުރިހައި ކަމެއްގެ خَبَر ﷲ ދެނެވޮޑިގެން ވެއެވެ.

  19. 19

    وَلَا تَكُونُوا۟ كَٱلَّذِينَ نَسُوا۟ ٱللَّهَ فَأَنسَىٰهُمْ أَنفُسَهُمْ ۚ أُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ

    Wa-laa takoonoo kallaẓeena nasul laaha faʹañsaahum ʹañfusahum! ʹUlaaaʹika humul faasiq̣oon!

    އަދި އެބައިމީހުން ﷲ ހަނދާން ނައްތައިލި މީހުން ފަދައިން ތިޔަބައިމީހުން ނުވާހުށި ކަމެވެ. ފަހެ އޭގެ ސަބަބުން ﷲ އެމީހުން އެމީހުންގެ نَفْس ތަކުގެ މަތީން ހަނދާންނެތި ކުރުވައިފިއެވެ. ހެޔޮކަމުގެ މަތީން އެމީހުންގެ نَفْس ތައް މުޅީން ހަނދާންނެތި ކުރުވީއެވެ. އެއީ ހަމަ ކަނޑައެޅިގެން فاسِق ންނެވެ.

  20. 20

    لَا يَسْتَوِىٓ أَصْحَـٰبُ ٱلنَّارِ وَأَصْحَـٰبُ ٱلْجَنَّةِ ۚ أَصْحَـٰبُ ٱلْجَنَّةِ هُمُ ٱلْفَآئِزُونَ

    Laa- yastaweee ʹAṣḥaabun Naari wa-ʹAṣḥaabul Jannah: ʹAṣḥaabul Jannati humul Faaaʹizoon.

    ނަރަކައިގެ އެކުވެރީންނާއި، ސުވަރުގޭގެ އެކުވެރީން ހަމަހަމަވެގެން ނުވެއެވެ. ނުވެސް ވާނެއެވެ. ސުވަރުގޭގެ އެކުވެރީންނީ ކަނޑައެޅިގެން ނަސީބުވެރީންނެވެ. (ނަރަކައިގެ އެކުވެރީންނީ އަބާއްޖަވެރީންނެވެ.)

  21. 21

    لَوْ أَنزَلْنَا هَـٰذَا ٱلْقُرْءَانَ عَلَىٰ جَبَلٍ لَّرَأَيْتَهُۥ خَـٰشِعًا مُّتَصَدِّعًا مِّنْ خَشْيَةِ ٱللَّهِ ۚ وَتِلْكَ ٱلْأَمْثَـٰلُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ

    Law ʹañzalnaa haaẓal Q̣urʹaana ʻalaa jabalil laraʹaytahoo khaashiʻam mutaṣaddiʻam min khashyatil laah. Wa-tilkal ʹams̤aalu naḍribuhaa linnaasi laʻallahum vatafakkaroon.

    ފަރުބަދައެއްގެ މައްޗަށް ތިމަން ރަސްކަލާނގެ މި قُرْآن ބާވައިލެއްވިނަމަ ކަލޭގެފާނު ދެކެވަޑައިގަންނަވާނީ ﷲ އަށް ބިރުން އެ ފަރުބަދަ މުޅީން ކުދިކުދިވެ، ހަލާކުވެގެން ވަނިކޮށެވެ. އަދި މީސްތަކުންނަށް ތިމަން ރަސްކަލާނގެ އެފަދަ މިސާލުތައް ޖައްސަވަނީ އެބައިމީހުން فِكْر ކޮށް، ﷲ ގެ قُدْرَة ތެރިކަމާމެދު ވިސްނައިހެދުމަށް ޓަކައެވެ.\nދަންނައެވެ. (قُرْآن ގެ ބޮޑުކަމާއި، މާތްކަމާއި، لَفْظ ތަކުގެ ރަނގަޅުކަމާއި، އަދި އެ އެތުރިފައިވާލެއް ވަރުގަދަކަމާއި، بَلاغَة ގެ ފުރިހަމަކަމާއި، އަދި ހިތްތައް މަޑުވެ، މައިތިރިވާ ފަދަ وَعْظ އާއި، نَصِيحَة ގެ މައްޗަށް އެކުލެވިފައި ވުމާއި، މިކަންކަން އެކުލެވިގެންވާ މާތް قُرْآن ބިމުގައި ރަނގަޅަށް ހަރުލައި، ފެތުރިފައިވާ ވަރުގަދަ، ގަދަފަދަ، ހަރު، ބޮޑެތި ފަރުބަދަތަކުގެ ތެރެއިން ފަރުބަދައެއްގެ މައްޗަށް ބާވައިލެއްވި ނަމަވެސް، ﷲ އަށް ބިރުން އެ ފަރުބަދަ މުޅީން ކުދިކުދިވެ، ބުރައިގެން ހިނގައްޖައީހެވެ. އޭގައިވާ عَذَاب ގެ ބަސްފުޅުތަކުގެ ވަރުގަދަކަމާއި، قُرْآن ގެ މާތްކަމާއި، ބޮޑުކަމަށް ބަލާއިރު އެއަށް އަދާކުރާން واجِب ވާ حَقّ إحْتِرام އާއި، تَعْظِيم އަދާ ނުކުރެވިދާނޭކަމަށް ބިރުންނެވެ. އެކަމަކު މިހިރަ ދެރަ ضَعِيف ނިކަމެތި އިންސާނާގެ ހަށިގަނޑުގައި ވާ މުށަށް ލެވޭވަރުގެ ގުނަވަން - އޭނާގެ ހިތް قُرْآن -ން އޭގެ އެއްވެސް އަސަރެއް ނުކުރާ ކަމީ ކުޑަ عَجائِب އެއް ނޫނެވެ.)\nމި آيَة ން رَسُولُ ﷲ ގެ شَخْصِيَّة ގެ ثابِت ކަމާއި، އެކަލޭގެފާނުގެ جَلَال ގެ މަތިވެރިކަން ވަރަށް ފުރިހަމަ ގޮތެއްގައި ސާބިތުވެއެވެ. އެކަލޭގެފާނުގެ ހިތްޕުޅުގައި އެ ބާރުގަދަ قُرْآن تَحَمَّل ކޮށްދެއްވި މާތް ﷲ ގެ ކުޅަދުންވަންތަކަމާއެވެ!

  22. 22

    هُوَ ٱللَّهُ ٱلَّذِى لَآ إِلَـٰهَ إِلَّا هُوَ ۖ عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ۖ هُوَ ٱلرَّحْمَـٰنُ ٱلرَّحِيمُ

    Huwal laahul laẓee Laaa ʹilaaha ʹillaa Hoo;―ʻ ʻAalimul g̣aybi washshahaadah; Huwar Raḥmaanur Raḥeem.

    ﷲ އީ އެކަލާނގެ ފިޔަވައި އެހެން އެއްވެސް حَقّ إله އަކު ނުވާ އެއްކައުވަންތަ ﷲ އެވެ. ސިއްރާއި، ފައުޅު ދެނެވޮޑިގެންވާ، رَحْمٰن ވަންތަ، رَحِيم ވަންތަ ކަލާނގެއެވެ.

  23. 23

    هُوَ ٱللَّهُ ٱلَّذِى لَآ إِلَـٰهَ إِلَّا هُوَ ٱلْمَلِكُ ٱلْقُدُّوسُ ٱلسَّلَـٰمُ ٱلْمُؤْمِنُ ٱلْمُهَيْمِنُ ٱلْعَزِيزُ ٱلْجَبَّارُ ٱلْمُتَكَبِّرُ ۚ سُبْحَـٰنَ ٱللَّهِ عَمَّا يُشْرِكُونَ

    Huwal laahul laẓee Laaa ʹilaaha ʹillaa Hoo,ʹAl Malikul Q̣uddoosus Salaamul Muʹminul Muhayminul ʻAzeezul Jabbaarul Mutakabbir: Subḥaanal laahi ʻammaa yushrikoon.

    ﷲ އީ އެކަލާނގެ ފިޔަވައި حَقّ އެހެން އެއްވެސް إله އަކު ނުވާ، ހުރިހައި ކަމެއްގެ ވެރި، އަދި ހުރިހައި عَيْب އަކުން ހުސް طَاهِر ވަންތަވެ ވޮޑިގެންވާ ކަލާނގެއެވެ. އެންމެހައި އުނި ކަމަކުން ސަލާމަތް ވެގެންވާ ކަލާނގެއެވެ. مُعْجِزَة އާއި، حُجَّة އާއި بُرْهان ން އެކަލާނގެ رَسُول ން ތެދުކުރައްވާ ކަލާނގެއެވެ. އަޅުތަކުންގެ عَمَل ތަކުގެ މައްޗަށް އަބަދާއި، އަބަދު ބައްލަވާވޮޑިގެންވާ ގަދަފަދަވަންތަ، އަދި އެހެނިހެން ފަރާތްތަކުން ބަދަލު ހިއްޕެވުންވެސް ގަދަފަދަވަންތަ، جَبّار ވަންތަ ކަލާނގެއެވެ. އަދި އެއީ އެންމެހައި އަޅުތަކުންގެ މައްޗަށް كِبْرِياء ވަންތަވެ ވޮޑިގެންވާ ކަލާނގެއެވެ. مُشْرِك ން ކުރާ شِرْك ތަކުން އެކަލާނގެ ހުސް طَاهِر ވަންތަވެ ވޮޑިގެން ވެއެވެ.

  24. 24

    هُوَ ٱللَّهُ ٱلْخَـٰلِقُ ٱلْبَارِئُ ٱلْمُصَوِّرُ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ يُسَبِّحُ لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ

    Huwal laahul Khaaliq̣ul Baariʹul Muṣawwiru lahul ʹAsmaaa ʹul-Ḥusnaa: yusabbiḥu lahoo maa- fis samaawaati wal-ʹarḍ: wa-Huwal ʻAzeezul Ḥakeem.

    ﷲ އީ އެދިވޮޑިގަންނަވާ ގޮތަކަށް ތަކެތި މިންވަރުކުރައްވާ، އަދި އަލަށް ތަކެތި إيجاد ކުރައްވާ ކަލާނގެއެވެ. އަދި ތަފާތު صُورَة ތަކާއި، ސިފަތަކުގައި ތަކެތި ސޫރަކުރައްވާ ކަލާނގެއެވެ. އެންމެހައި ރީތި، ރަނގަޅު ނަންފުޅުތައް ވަނީ އެކަލާނގެއަށެވެ. އުޑުތަކާއި، ބިމުގައި ވާހައި ތަކެތި އެކަލާނގެއަށް تَسْبِيح ކިޔައެވެ. އެކަލާނގެއީ عِزّة ވަންތަ، حِكْمَة ވަންތަ ކަލާނގެއެވެ.