Surah Az-ZumarBegins here at 39:32
-
39:32
۞ فَمَنْ أَظْلَمُ مِمَّن كَذَبَ عَلَى ٱللَّهِ وَكَذَّبَ بِٱلصِّدْقِ إِذْ جَآءَهُۥٓ ۚ أَلَيْسَ فِى جَهَنَّمَ مَثْوًى لِّلْكَـٰفِرِينَ
Faman ʹaz̤̣lamu mimmañ kaẓaba ʻalal laahi wa-kaẓẓaba biṣ-Ṣidq̣i ʹiẓ jaaaʹah? ʹAlaysa fee Jahannama mas̤wal lilkaafireen?
(ﷲ އަށް ޝަރީކަކު ވެޔޭ ކިޔައިގެން) ﷲ ގެ މައްޗަށް ބޮޑު ދޮގެއްހެދި މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިޔަކީ ކާކުހެއްޔެވެ؟ (އެބަހީ އެއަށްވުރެ ބޮޑު އަނިޔާވެރިޔަކު ނުވެއެވެ.) އަދި އޭނާގެ ގާތަށް ތެދުއައިހިނދު އެތެދު ދޮގުކޮށް (އެބަހީ رَسُوْلُ الله صَلَّ الله عَلَيْه وَسَلَّمَ ގެންނެވި ޚަބަރުތަށް ދޮގުކޮށް) ހެދި މީހަކަށްވުރެން ވަކި ބޮޑު އަނިޔާވެރިޔަކީ ކާކު ހެއްޔެވެ؟ އޭނާ (ބެލެވޭނީ ކާފަރެއްކަމުގައެވެ.) އަދި ޤިޔާމަތަ ދުވަހުން ކާފަރުންނަށް ޖާގައެއްކަމުގައި ނަރަކަ ނުފުދޭހެއްޔެވެ؟ (އެބަހީ ފުދޭވަރު ވާނެއެވެ.)
-
39:33
وَٱلَّذِى جَآءَ بِٱلصِّدْقِ وَصَدَّقَ بِهِۦٓ ۙ أُو۟لَـٰٓئِكَ هُمُ ٱلْمُتَّقُونَ
Wallaẓee jaaaʹa biṣ-Ṣidq̣i wa-ṣaddaq̣a biheee ʹulaaaʹika humul Muttaq̣oon.
އަދި ތެދާއިގެން ވަޑައިގެންނެވި ކަލޭގެފާނާއި އަދި އެތެދު ތެދުކުރެއްވި ކަލޭގެފާނާއި މިދެބޭކަލުން ދަންނައެވެ. އެއީ ހަމަކަށަވަރުންވެސް تَقْوَى ވެރިންނެވެ. • ދަންނައެވެ. ތެދާއިގެން ވަޑައިގެންނެވީ رَسُوْلُ الله صَلَّ الله عَلَيْه وَسَلَّمَ އެވެ. އަދި އެތެދު ތެދުކުރެއްވީ أَبُوْبَكُرُ الصِدِّيق رَضِيَ الله عَنْه އެވެ. ނުވަތަ رَسُوْلُ الله صَلَّ الله عَلَيْه وَسَلَّمَ ގެންނެވި އެންމެހައި ޚަބަރުތައް ތެދުކުރި ކޮންމެ މީހެކެވެ. އެކަލޭގެފާނަށް تَبَعَ ވި ކޮންމެ މީހެކެވެ. وَالله أَعْلَم. = ذبدة التفير =
-
39:34
لَهُم مَّا يَشَآءُونَ عِندَ رَبِّهِمْ ۚ ذَٰلِكَ جَزَآءُ ٱلْمُحْسِنِينَ
Lahum maa yashaaaʹoona ʻiñda Rabbihim: ẓaalika jazaaaʹul Muḥsineen,
އެބައިމީހުން އެދޭހާކަމެއް އެބައިމީހުންގެ رَبُّ ގެ ޙަޟްރަތުގައި އެމީހުންނަށްވެއެވެ. އަދި إِحْسَان ތެރިންގެ ޖަޒާއަކީ އެއީއެވެ.
-
39:35
لِيُكَفِّرَ ٱللَّهُ عَنْهُمْ أَسْوَأَ ٱلَّذِى عَمِلُوا۟ وَيَجْزِيَهُمْ أَجْرَهُم بِأَحْسَنِ ٱلَّذِى كَانُوا۟ يَعْمَلُونَ
Liyukaffiral laahu ʻanhum ʹaswa ʹallaẓee ʻamiloo wa-yajziyahum ʹajrahum̃ biʹaḥsanil laẓee kaanoo yaʻmaloon.
(ތެދުމަގަށާއި إِحْسَان ތެރިކަމަށް އެމީހުންނަށް މަގުދައްކަވައި ފަސޭހަކޮށްދެއްވީ) އެމީހުންކުރި ނުބައި ޢަމަލުތަށް އެމީހުންގެ ކިބައިން އެކަލާނގެ ފުއްސަވައި عَفُوء ކުރެއްވުމަށެވެ. އަދި އެމީހުން ދުނިޔޭގައި ތިބެގެން ކުރިކަމުގައިވީ ޢަމަލުތަކަށް އެއަށްވުރެ މާހެޔޮ ދަރުމައާއި جَزَاء ދެއްވުމައަށްޓަކައެވެ.
-
39:36
أَلَيْسَ ٱللَّهُ بِكَافٍ عَبْدَهُۥ ۖ وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِۦ ۚ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ
ʹAlaysal laahu bi-Kaafin ʻabdah? Wa-yukhawwi-foonaka billaẓeena miñ doonih! Wa-mañy yuḍlilil laahu famaa lahoo min haad.
އަދި ﷲ ގެ އަޅާ (رَسُوْلُ الله صَلَّ الله عَلَيْه وَسَلَّمَ) އަށް ފުއްދަވައިދެއްވާ ކަލަކު ކަމުގައި ﷲ ނުފުދޭހެއްޔެވެ؟ (އެބަހީ އެކަލޭގެފާނުންގެ ކަންތައްތަށް ބެއްލެވުމަށް ﷲ ފުދިވޮޑިގެންވެއެވެ. (އޭ رَسُوْلُ الله އެވެ!) އެމީހުން އެބަހީ އެކާފަރުންގެ މީހުން އެމީހުންﷲ ފިޔަވައި އެފަރާތްތަކަށް އެއަޅުކަން ކުރާތަކެތިން (ޔަޢުނީ ބުދުތަކާއިދެންވެސް އެބާވަތުގެ ތަކެތިން) އެމީހުން ކަލޭގެފާނު ބިރުގަންނަވަނީއެވެ. (އެކަމާ ބިރުފުޅުގެންވަޑައިގަންނަވާށެވެ!) ﷲ ތަޢާލާ ކަލޭގެފާނު ހީމާޔަތް ކުރައްވާނެއެވެ. އަދި ބުދުތަކަށް ވެވޭނެ އެއްވެސް ކަމެއްނޯންނާނެއެވެ. އަދި ﷲ މަގުފުރައްދަވައިފި މީހަކު ދަންނަވައެވެ. އޭނާއަށް ތެދުމަގުދައްކާނެ ހަމައެކަކުވެސް ނުވެއެވެ.
-
39:37
وَمَن يَهْدِ ٱللَّهُ فَمَا لَهُۥ مِن مُّضِلٍّ ۗ أَلَيْسَ ٱللَّهُ بِعَزِيزٍ ذِى ٱنتِقَامٍ
Wa-mañy yahdil laahu famaa lahoo mim muḍill. ʹAlaysal laahu biʻAzeeziñ Ẓiñ tiq̣aam?
އަދި އެމީހަކަށް ﷲ ތެދުމަގު ދައްކަވައިފި މީހަކު މަގުފުރައްދަވައިލެވޭނެ މީހަކުވެސް ނުވެއެވެ. އަދި ކޮންމެ ކަމެއްގެމައްޗަށް އަދި ކޮންއެއްޗެއްގެ މައްޗަށް ގަދަވެވޮޑިގެންވާ ކަލަކުކަމުގައި ﷲ ނުވޭހެއްޔެވެ؟ (އަދި ނުކިޔަމަންތެރި އަނިޔާވެރިންގެ ކިބައިން) ބަދަލު ހިއްޕެވެމުގެ ވެރިކަލަކުކަމުގައި އެކަލާނގެ ނުވޭހެއްޔެވެ؟ އެބަހީ ވެއެވެ.
-
39:38
وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ ٱللَّهُ ۚ قُلْ أَفَرَءَيْتُم مَّا تَدْعُونَ مِن دُونِ ٱللَّهِ إِنْ أَرَادَنِىَ ٱللَّهُ بِضُرٍّ هَلْ هُنَّ كَـٰشِفَـٰتُ ضُرِّهِۦٓ أَوْ أَرَادَنِى بِرَحْمَةٍ هَلْ هُنَّ مُمْسِكَـٰتُ رَحْمَتِهِۦ ۚ قُلْ حَسْبِىَ ٱللَّهُ ۖ عَلَيْهِ يَتَوَكَّلُ ٱلْمُتَوَكِّلُونَ
Wa-laʹiñ saʹaltahum man khalaq̣as samaawaati wal-ʹarḍa layaq̣oolunnal laah. Q̣ul ʹafaraʹaytum maa tadʻoona miñ doonil laahi ʹin ʹaraadaniyal laahu biḍurrin hal hunna kaashifaatu ḍurriheee ʹaw ʹaraadanee bi-Raḥmatin hal hunna mumsikaatu Raḥmatih? Q̣ul ḥasbiyal laah! ʻAlayhi yatawakkalul Mutawakkiloon.
(އޭ رَسُوْلُ الله އެވެ!) އުޑުތަކާއި ބިން ހެއްދެވީ ކާކުތޯ ކަލޭގެފާނު އެމީހުންކުރެ އައްސަވައިފިއްޔާ ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އެއީﷲ އެވެ. އަދި ކަލޭގެފާނު އެމީހުންނަށްވިދާޅުވެ ބައްލަވާށެވެ! ﷲފިޔަވައި ކަލޭމެން ތިޔަ دعاء ކޮށް އަޅުކަން ކުރާ ބުދުތަކާއިމެދު ކަލޭމެން ނިކަން ތިމަންކަލޭގެފާނަށް خبر ދީބަލާށެވެ! އަޅެފަހެ ﷲ ތިމަންކަލޭގެފާނަށް ދައްޗެއް ނުވަތަ އުނދަގުލެއް ޖައްސައިފިއްޔާ އެބުދުތަކަށް އެއުނދަގޫ ފިލުވައިލެވިދާނެހެއްޔެވެ؟ ނުވަތަ ތިމަންކަލޭގެފާނަށް އެކަލާނގެ رحمة އެއް ނުވަތަ ހެވެއް އިރާދަކުރައްވައިފިއްޔާ އެ رحمة އެއް އަދިއެހެވެއް ތިމަންކަލޭގެފާނަށް އަޔަނުދީ އެބުދުތަކަށް ހިފެހެއްޓިދާނެހެއްޔެވެ؟ ނުވެސް ހިފެހެއްޓޭނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންނަށް ﷲ ފުދެއެވެ. އަދި وكيل ކޮށްއިތުބާރު ކުރާމީހުން ހަމައެކަނި އެކަލާނގެއަށް وكيل ކޮށްއިތުބާރު ކުރާހުށިކަމެވެ!
-
39:39
قُلْ يَـٰقَوْمِ ٱعْمَلُوا۟ عَلَىٰ مَكَانَتِكُمْ إِنِّى عَـٰمِلٌ ۖ فَسَوْفَ تَعْلَمُونَ
Q̣ul yaa q̣awmiʻmaloo ʻalaa makaanatikum ʹinnee ʻaamil: fasawfa taʻlamoon.
(އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ!އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން ތިޔަ ތިބިގޮތްމަތީގައި (شرك ކުރާ حال) ކަލޭމެން عمل ކުރަމުން ގެންގޮސް ބަލާށެވެ! އަދި އަހުރެންވެސް އަހުރެންގެ ގޮތުގައި عمل ކުރަމުން ގެންދާހުށީމެވެ.
-
39:40
مَن يَأْتِيهِ عَذَابٌ يُخْزِيهِ وَيَحِلُّ عَلَيْهِ عَذَابٌ مُّقِيمٌ
Mañy yaʹteehi ʻaẓaabuñy yukhzeehi wa-yaḥillu ʻalayhi ʻaẓaabum muq̣eem.
ފަހެ އެމީހެއްގެ މައްޗަށް ދުނިޔޭގައި ނިކަމެތި އަދި އިހާނެތި عذاب އަންނާނީ ކާކަށްކަން ނިކަންހުރެ ކަލޭމެންނަށް އެގިދާނެއެވެ. އަދި آخرة ގައި މެދުކެޑުމެއް ނެތް ދާއިމީ عذاب އެއް އަންނާނީ ކާކަށްކަންވެސް ކަލޭމެންނަށް އެގިދާނެއެވެ.
-
39:41
إِنَّآ أَنزَلْنَا عَلَيْكَ ٱلْكِتَـٰبَ لِلنَّاسِ بِٱلْحَقِّ ۖ فَمَنِ ٱهْتَدَىٰ فَلِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَآ أَنتَ عَلَيْهِم بِوَكِيلٍ
ʹInnaaa ʹañzalnaa ʻalaykal Kitaaba linnaasi bil-Ḥaq̣q̣. famanih tadaa falinafsih: wa-mañ ḍalla faʹinnamaa yaḍillu ʻalayhaa. Wa-maaa ʹañta ʻalayhim̃ biwakeel.
ހަމަކަށަވަރުން މީސްތަކުންގެ ތެދުމަގަށްޓަކައި ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ މައްޗަށް ކީރިތި قرآن މިބާވައިލައްވަނީ ހަމަ حق ތެދު ގޮތުގައެވެ. ފަހެ ތެދުމަގު ލިބިގެންފިމީހާ އެތެދުމަގު ލިބިގަންނަނީ އޭނާގެ نفس އަށެވެ. އެބަހީ އެކަމުގެ ފައިދާއާއި ލާބަހުންނާނީ ހަމަ އެމީހަކަށެވެ. އަދި މަގުފުރެދުނު މީހާވެސް ދަންނައެވެ. އޭނާގެ އެމަގުފުރެދުން އޮންނާނީ އޭނާގެ نفس ގެ މައްޗަށެވެ. އެބަހީ އެކަމުގެ ގެއްލުމާއި ހަލާކު ހުންނާނީ ހަމަ އޭނާގެ نفس ގެ މައްޗަށެވެ. އަދި ކަލޭގެފާނު އެމީހުންނަށް ތެދުމަގު ފޯރުކޮށްދިނުމަށް مسئول ވެގެންނުވެއެވެ.
-
39:42
ٱللَّهُ يَتَوَفَّى ٱلْأَنفُسَ حِينَ مَوْتِهَا وَٱلَّتِى لَمْ تَمُتْ فِى مَنَامِهَا ۖ فَيُمْسِكُ ٱلَّتِى قَضَىٰ عَلَيْهَا ٱلْمَوْتَ وَيُرْسِلُ ٱلْأُخْرَىٰٓ إِلَىٰٓ أَجَلٍ مُّسَمًّى ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَتَفَكَّرُونَ
ʹAllaahu yatawaffal ʹañfusa ḥeena mawtihaa wallatee lam tamut fee manaamihaa: fayumsikul latee q̣aḍaa ʻalayhal mawta wa-yursilul ʹukhraaa ʹilaaa ʹajalim musammaa. ʹInna fee ẓaalika laʹAayaatil liq̣awmiñy yatafakkaroon.
މަރުވާހިނދު ﷲ އެކަލާނގެ އަޅުތަކުންގެ ނަފުސުތަށް ނުވަތަ ފުރާނަތަށް ހިފަހައްޓަވައެވެ. (އޭގެ ވެރިއަކަށް ނުދޫކުރައްވައެވެ.) އަދި މަރުގެ އަޖަލު ކަނޑައެޅިގެންނުވާ ފުރާނަތަށްވެސް ނިދާވަގުތު ހިފަހައްޓަވައެވެ. އަދި ނިދީގެ ތެރޭގައި މަރުވުމަށް ކަނޑައެޅިފައިވާ ފުރާނަތަށް އެކަލާނގެ ދެން ދޫނުކުރައްވައި ހިފަހައްޓަވައެވެ. (އެމީހަކު އޮންނާނީ ނިދީގެތެރޭ މަރުވެފައެވެ.) ދެން އަނެއްބައި ފުރާނަތަށް (މަރުވުމަށް ކަނޑަނޭޅޭ ފުރާނަތަށް އެކަލާނގެ އޭގެ ވެރިންނަށް ދޫކުރައްވައެވެ. (އޭރުން ދެން އޭނާ ނިދިހަމެވެގެން ހޭލާނެއެވެ.) އެއީ އޭނާގެ އަޖަލު ހަމަވާންދެނެވެ. ހަމަކަށަވަރުން އެކަންކަމުގައި (ﷲގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމުގެ) ދަލީލުތަށްވާކަންކަށަވަރެވެ. ނަމަވެސް އެއީ ވިސްނާ ފިކުރުކުރާ ބަޔަކަށެވެ.
-
39:43
أَمِ ٱتَّخَذُوا۟ مِن دُونِ ٱللَّهِ شُفَعَآءَ ۚ قُلْ أَوَلَوْ كَانُوا۟ لَا يَمْلِكُونَ شَيْـًٔا وَلَا يَعْقِلُونَ
ʹAmit takhaẓoo miñ doonil laahi shufaʻaaaʹ? Q̣ul ʹawalaw kaanoo laa- yamlikoona shayʹañw walaa yaʻq̣iloon?
އަދިކިޔެއް ހެއްޔެވެ؟ އެމީހުން އެބަހީ މުޝްރިކުން ﷲ ފިޔަވައި ޝަރީކުންތަކެއް ހިފައި އިޚްތިޔާރުކުރީއެވެ. (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އެތަކެއްޗަށް އެއްވެސް އެއްޗެއް މިލްކުވެގެންނުވިޔަސް އަދި އެއްވެސް އެއްޗެއް ވިސްނާ ފިކުރު ކުރުމެއްނެތަސް (އެމީހުން އެތަކެތި އިލާހުންކަމުގައި ހިފައި އިޚްތިޔާރުކުރަންވީ ހެއްޔެވެ؟)
-
39:44
قُل لِّلَّهِ ٱلشَّفَـٰعَةُ جَمِيعًا ۖ لَّهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ ثُمَّ إِلَيْهِ تُرْجَعُونَ
Q̣ul lillaahish Shafaaʻatu jameeʻaa: lahoo mulkus samaawaati wal-ʹarḍ: s̤umma ʹilayhi turjaʻoon.
(އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ!އެންމެހައި شَفَاعَة އެއް خَاصَّ ވެ މިލްކުވެގެންވަނީ ހަމަ الله އަށެވެ. އަދި އުޑުތަކާއި ބިމުގައިވާހާތަކެތި މިލްކުވެގެންވަނީ ހަމައެކަލާނގެއަށެވެ. ދެން އަދިކަލޭމެން މަރުވުމަށްފަހު އެނބުރި ރުޖޫޢަވާނީވެސް ހަމައެކަލާނގެ حَضْرَة އަށެވެ.
-
39:45
وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ ۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ
Wa-ʹiẓaa ẓukiral laahu Waḥdahush maʹazzat q̣uloobul laẓeena laa- yuʹminoona bil-ʹAakhirah; wa-ʹiẓaa ẓukiral laẓeena miñ dooniheee ʹiẓaa hum yastabshiroon!
އަދި آخِرَةُ އަށް އީމާން ނުވާމީހުންގެ ގާތުގައި الله ޒިކުރު ކުރެވިއްޖެއްޔާ އެކަލާނގެ ހަނދާންކުރެވިޖެއްޔާ އެމީހުންގެ ހިތްތައްބޮޑާވެ ނުރުހިދެއެވެ. ނަފުރަތުވެއެވެ. އަދި އެކަލާނގެ ނޫންތަކެތި (لاَتَ عُزَّى ފަދަބުދު) ޡިކުރު ކުރެވިއްޖެއްޔާ / ނަންގަނެވިއްޖެއްޔާ ދެންއެމީހުން އުފާވެ މަޖާވެއެވެ.
-
39:46
قُلِ ٱللَّهُمَّ فَاطِرَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ عَـٰلِمَ ٱلْغَيْبِ وَٱلشَّهَـٰدَةِ أَنتَ تَحْكُمُ بَيْنَ عِبَادِكَ فِى مَا كَانُوا۟ فِيهِ يَخْتَلِفُونَ
Q̣ulil laahumma Faaṭiras samaawaati wal-ʹarḍi ʻAalimal g̣aybi washshahaadati ʹAñta taḥkumu bayna ʻibaadika Fee maa- kaanoo feehi yakhtalifoon.
އޭ رَسُوْلُ الله އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އޭ މަތިވެރި ﷲ އެވެ! އޭ އުޑުތަކާއި ބިން ނެތުމުގެތެރެއިން ހެއްދެވިކަލާކޮ. އަދި ޣައިބުގައި ފޮރުވެގެންވާ ތަކެއްޗާއި އަދި ފާޅުވެ ހާމަވެގެންވާ ތަކެތިވެސް ދެނެވޮޑިގެންވާ ކަލާކޮ. އިބަރަސްކަލާނގެ އިބަރަސްކަލާނގެ އަޅުތަކުންގެމެދު އިޚްތިލާފުވެ ދެބަސްވަމުންދާ ކަންކަމުގައި އެމީހުންގެ މެދުގައި ޙުކުމު ކުރައްވަމުއެވެ.
-
39:47
وَلَوْ أَنَّ لِلَّذِينَ ظَلَمُوا۟ مَا فِى ٱلْأَرْضِ جَمِيعًا وَمِثْلَهُۥ مَعَهُۥ لَٱفْتَدَوْا۟ بِهِۦ مِن سُوٓءِ ٱلْعَذَابِ يَوْمَ ٱلْقِيَـٰمَةِ ۚ وَبَدَا لَهُم مِّنَ ٱللَّهِ مَا لَمْ يَكُونُوا۟ يَحْتَسِبُونَ
Wa-law ʹanna lillaẓeena z̤̣alamoo maa- fil ʹarḍi jameeʻañw wamis̤lahoo maʻahoo laftadaw bihee miñ soooʹil ʻaẓaabi Yawmal Q̣iyaamah: wa-badaa lahum minal laahi maa- lam yakoonoo yaḥtasiboon!
އަދި އަނިޔާވެރިވި މީސްތަކުންނަށް ދުނިޔޭގައިވާ އެންމެހާ ތަކެއްޗާއި އަދި އެޔާއެކު އަދި އެހާތަކެތި އިތުރަށް އެމީހުން عَذَاب ގެ ނުބައިކަމުން ސަލާމަތްވުމަށްޓަކައި ޤިޔާމަތް ދުވަހުން فِدْيَة ދޭން އެމީހުންނަށް ދިންނަމަވެސް (އެމީހުން އެކަމުން ސަލާމަތްނުވާނެއެވެ.) އެމީހުންނަށް ﷲ ގެ ޙަޟްރަތުން ފައުޅުވާނީ (ﷲ ގެ ކޯފާއާއި عَذَاب ގެ ތެރެއިން) އެމީހުން ހީވެސްނުކުރާ ކަންކަމެވެ.
-
39:48
وَبَدَا لَهُمْ سَيِّـَٔاتُ مَا كَسَبُوا۟ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ
Wa-badaa lahum sayyiʹaatu maa- kasaboo waḥaaq̣a bihim maa kaanoo bihee yastahziʹoon!
އެމީހުންނަށް ފާޅުވާނީ އެމީހުން ކުރި ޢަމަލުތަކުގެ ނުބައިކަމެވެ. އަދި އެކަމާއިމެދު (ދުނިޔޭގައި) މަލާމާތްކޮށް ފުރައްސާރަކުރާކަމުގައި ވީކަންތައް އެމީހުން ވަށައިލާނެއެވެ. (އެއީ ނަރަކައިގެ عَذَاب އެވެ.)
-
39:49
فَإِذَا مَسَّ ٱلْإِنسَـٰنَ ضُرٌّ دَعَانَا ثُمَّ إِذَا خَوَّلْنَـٰهُ نِعْمَةً مِّنَّا قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلْمٍۭ ۚ بَلْ هِىَ فِتْنَةٌ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
Faʹiẓaa massal ʹiñsaana ḍurruñ daʻaanaa: s̤umma ʹiẓaa khawwalnaahu niʻmatam minnaa q̣aala ʹinnamaaa ʹooteetuhoo ʻalaa ʻilm! Bal hiya fitnatuñw walaakinna ʹaks̤arahum laa- yaʻlamoon!
ފަހެ އިންސާނާއަށް އުނދަގުލެއް - ނުވަތަ ފަޤީރުކަމެއް - ނުވަތަ ދެންވެސް އެބާވަތުގެ ކަމެއްދިމާވެއްޖެއްޔާ އޭނާ ތިމަންރަސްކަލާނގެއަށް ގޮވާ ދުޢާ ކޮށް ހަދައެވެ. ދެން ތިމަންރަސްކަލާނގެ ޙަޟްރަތުން އޭނާއަށް ކޮންމެވެސް ނިޢުމަތެއް ދެއްވައިފިއްޔާ އޭނާ ބުނާނެއެވެ. މިއީ އަހުރެން މިކަންދަންނަކަމުގެ ސަބަބުން ލިބުނު މުދަލެވެ. ނުވަތަ އަހަރެންގައިވާ ހެޔޮކަމަށްޓަކައި ލިބުނުމުދަލެވެ. (ﷲ އެޔަށް ޖަވާބު އެދެއްވަނީ) އެހެންނަކުންނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެއީ فِتْنَة އެކެވެ. އިމްތިހާނެކެވެ. (އޭނާ އެ ނިޢުމަތަށް ޝުކުރު ކުރޭތޯ ނުވަތަ ނިޢުމަތަކަށް ކާފަރުވޭތޯއެވެ.) އެކަމަކު އެމީހުންކުރެ ގިނަމީހުންނަކަށް ނޭނގެއެވެ.
-
39:50
قَدْ قَالَهَا ٱلَّذِينَ مِن قَبْلِهِمْ فَمَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يَكْسِبُونَ
Q̣ad q̣aalahal laẓeena miñ q̣ablihim famaaa ʹag̣naa ʻanhum maa kaanoo yaksiboon.
އެމީހުންގެ ކުރީމީހުން އެބަހީ އިސްވެދިޔަ އުންމަތްތަކުގައި އުޅުނު މީހުންވެސް އެފަދަ ބަސްބުންޏެވެ. އެކަމަކު ދުނިޔޭގައިއެމީހުން އެހޯދި އެކެއްޗަކުންވެސް އެމީހުންނަކަށް އެއްވެސް ކަމެއް ފުއްދައެއްނުދިނެވެ.
-
39:51
فَأَصَابَهُمْ سَيِّـَٔاتُ مَا كَسَبُوا۟ ۚ وَٱلَّذِينَ ظَلَمُوا۟ مِنْ هَـٰٓؤُلَآءِ سَيُصِيبُهُمْ سَيِّـَٔاتُ مَا كَسَبُوا۟ وَمَا هُم بِمُعْجِزِينَ
Faʹaṣaabahum sayyiʹaatu maa- kasaboo. Wallaẓeena z̤̣alamoo min haaaʹulaaaʹi sayuṣeebuhum sayyiʹaatu maa- kasaboo wa-maa hum̃ bimuʻjizeen!
ފަހެ އެމީހުން ކުރި ކަންތަކުގެ ނުބައިކަން އެމީހުންނަށް ޖެހުނެވެ. (ބަނޑުހައިހޫނު ކަމާއި- ހައްޔަރުވުމާއި- ބަލިވެގެން ހައްޔަރުވުމާއި) މިބާވަތުގެ ކަންކަން ދިމާވިއެވެ. އަދި މިމީހުންގެ ތެރެއިންވެސް- އެބަހީ مكة ގެ مشرك ގެ ތެރެއިންވެސް އަނިޔާވެރިންނަށް ނިކަންހުރެ އެމީހުން ކުރާ ކަންތަކުގެ ނުބައިކަން ދިމާވާނެއެވެ. އެއީ ކާފަރު ކަންމަތީ ދެމިތިބިއްޔާއެވެ. އަދި ﷲ ނުކުޅައްދަވައިލެވޭނެ ބަޔަކު ކަމުގައި އެމީހުން ނުވެއެވެ. (ﷲ ބޭނުންވެވޮޑިގަންނަވާ ގޮތަކަށް އެމީހުންނާމެދު عمل ކުރައްވާނެއެވެ.)
-
39:52
أَوَلَمْ يَعْلَمُوٓا۟ أَنَّ ٱللَّهَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يُؤْمِنُونَ
ʹAwalam yaʻlamooo ʹannal laaha yabsuṭur rizq̣a limañy yashaaaʹu wa-yaq̣dir? ʹInna fee ẓaalika laʹAayaatil liq̣awmiñy yuʹminoon!
ހަމަކަށަވަރުން ﷲ އެދިވޮޑިގަންނަވާ އަޅަކަށް ރިޒްގު ތަނަވަސް ކުރައްވައި އަދި އެދިވޮޑިގަންނަވާ އަޅަކަށް ރިޒުގު ދަތިކުރައްވާކަން އެމީހުންނަށް ފަހެ ނޭގޭބާވައެވެ؟ އަދި ހަމަކަށަވަރުން އެކަންކަމުގައި ﷲ ގެ ގުދުރަތްތެރިކަމާއި އެއްކައުވަންތަކަމަށް ދަލީލުކުރާ دليل ތަކާއި ހެކިތައް ﷲ އަށް إيمان ވާ ބަޔަކަށްވެއެވެ.
-
39:53
۞ قُلْ يَـٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ
Q̣ul yaaʻIbaadiyal laẓeena ʹasrafoo ʻalaaa ʹañfusihim laa- taq̣naṭoo mir Raḥmatil laah: ʹinnal laaha yag̣firuẓ ẓunooba jameeʻaa. ʹInnahoo Huwal G̣afoorur Raḥeem.
(އޭ رَسُوْلُ الله އެވެ!) ކަލޭގެފާނުވިދާޅުވާށެވެ! (ﷲ تَعَالى وَحِي ކުރެއްވިއެވެ.) އޭ ތިމަންރަސްކަލާނގެ އަޅުތަކުންކުރެ ފާފަކުރުމާއި އުރެދުންތެރިކަމުގައި އިސްރާފުކޮށްފައިވާ އަޅުންނޭވެ. ﷲ ގެ ރަޙުމަތުން ކަލޭމެން އުންމީދުކަނޑައިނުލާށެވެ. އެހެނީ ހަމަކަށަރުން ﷲ تَعَالى އެންމެހައި ފާފަ ފުއްސަވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙުމަތް ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
39:54
وَأَنِيبُوٓا۟ إِلَىٰ رَبِّكُمْ وَأَسْلِمُوا۟ لَهُۥ مِن قَبْلِ أَن يَأْتِيَكُمُ ٱلْعَذَابُ ثُمَّ لَا تُنصَرُونَ
Wa-ʹaneebooo ʹilaa Rabbikum wa-ʹaslimoo lahoo miñ q̣abli ʹañy yaʹtiyakumul ʻAẓaabu s̤umma laa- tuñṣaroon.
އަދި ކަލޭމެން ކަލޭމެންގެ رَبُّ އަށް ތައުބާވެ ރުޖޫޢަވާށެވެ. (އެއީ ގިނަހެޔޮކަންތަށްކޮށްގެންނާއި ނަޙީތަކުން ދުރުވެގެންނާއި އެކަލާނގެ ޙުކުމުފުޅަށް ބޯލަނބައިގެންނެވެ.) އަދި އެކަލާނގެއަށް ކަލޭމެން ބޯލަނބައި ކިޔަމަންތެރިވާށެވެ. އެއީ ކަލޭމެންގެ މައްޗަށް ޢަޛާބު އައުމުގެ ކުރިންނެވެ. (ތައުބާ ނުވެތިއްބާ ޢަޛާބު އަތުވެއްޖެއްޔާ) ދެން ކަލޭމެންނަށް نَصْر ނުލިބެވޭނެއެވެ. نَصْر ދޭނެމީހަކު ނުވާނެއެވެ.
-
39:55
وَٱتَّبِعُوٓا۟ أَحْسَنَ مَآ أُنزِلَ إِلَيْكُم مِّن رَّبِّكُم مِّن قَبْلِ أَن يَأْتِيَكُمُ ٱلْعَذَابُ بَغْتَةً وَأَنتُمْ لَا تَشْعُرُونَ
Wattabiʻooo ʹaḥsana maaa ʹuñzila ʹilaykum mir Rabbikum miñ q̣abli ʹañy yaʹtiyakumul ʻaẓaabu bag̣tatañw waʹañtum laa- tashʻuroon!―
އަދި ހަމަ ކުއްލިއަކަށް ކަލޭމެންނަށް އިހްސާސްވެސް ނުވާގޮތަކަށް عَذَاب އައުމުގެ ކުރިން ކަލޭމެންގެ رَبُّ ގެ ޙަޟްރަތުން ކަލޭމެންނަށް ބާވައިލައްވާފައިވާ ރަނގަޅުތަކެއްޗާއި ކަލޭމެން ތަބަޢަވާށެވެ! އެބަހީ ކީރިތި قُرْآن އާއި ތަބަޢަވާށެވެ!
-
39:56
أَن تَقُولَ نَفْسٌ يَـٰحَسْرَتَىٰ عَلَىٰ مَا فَرَّطتُ فِى جَنۢبِ ٱللَّهِ وَإِن كُنتُ لَمِنَ ٱلسَّـٰخِرِينَ
ʹAñ taq̣oola nafsuñy yaaḥasrataa ʻalaa maa- farraṭtu fee jambil laahi wa-ʹiñ kuñtu laminas saakhireen!
އަދި އެއްވެސް ނަފްސެއް ތިމާ ﷲ އާއި މެދު - ﷲ ގެ ކިޔަމަންތެރިކަމާއިމެދު ފަރުވާ ކުޑަކުރިކަމައްޓަކައި އޭ އަހުރެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ! އަދި އަހުރެންވީ މަލާމާތްކޮށް ފުރައްސާރަކުރި މީހުންގެ ތެރެއިންކަން ކަށަވަރެވެ. މިފަދަބަސްތައް ބުނަންދިމާވުމުގެ ކުރިންނެވެ.
-
39:57
أَوْ تَقُولَ لَوْ أَنَّ ٱللَّهَ هَدَىٰنِى لَكُنتُ مِنَ ٱلْمُتَّقِينَ
ʹAw taq̣oola law ʹannal laaha hadaanee lakuñtu minal Muttaq̣een!
ނުވަތަ ﷲ އަހުރެންނަށް ތެދުމަގު ދެއްކެވިނަމަ އަހުރެންވީހީ ތަޤުވާވެރިންގެ ތެރެއިންނެވެ. މިހެން އެއްވެސް ނަފްސެއް ބުނުމުގެ ކުރިންނެވެ.
-
39:58
أَوْ تَقُولَ حِينَ تَرَى ٱلْعَذَابَ لَوْ أَنَّ لِى كَرَّةً فَأَكُونَ مِنَ ٱلْمُحْسِنِينَ
ʹAw taq̣oola ḥeena taral ʻaẓaaba law ʹanna lee karratañ faʹakoona minal Muḥsineen!
ނުވަތަ عَذَاب ފެންނަހިނދު އަހުރެން އަދި އެއްފަހަރު ދުނިޔެއަށް ފޮނުއްވާނެނަމައެވެ. އޭރުން އިޙްސާންތެރިންގެ ތެރެއިން އަހުރެންވާހުށީމެވެ. މިހެން އެއްވެސް ނަފްސެއްބުނުމުގެ ކުރިންނެވެ. (އޭގެ ކުރިން ތައުބާވެ އެކަލާނގެ ޙަޟްރަތުއަށް ރުޖޫޢަވާށެވެ!)
-
39:59
بَلَىٰ قَدْ جَآءَتْكَ ءَايَـٰتِى فَكَذَّبْتَ بِهَا وَٱسْتَكْبَرْتَ وَكُنتَ مِنَ ٱلْكَـٰفِرِينَ
Balaa q̣ad jaaaʹatka ʹAayaatee fakaẓẓabta bihaa wastakbarta wa-kuñta minal kaafireen.
އެހެން އެއްގޮތަކަށްވެސް ނުވާނެއެވެ. (އެބަހީ ދެވަނަފަހަރަށް ފޮނުއްވުމެއްނުވެއެވެ.) އަދި ޤިޔާމަތްދުވަހުން އޭނާއަށް އެންގޭނެއެވެ. ހަމަކަށަވަރުން ކަލޭގެގާތަށް ތިމަންރަސްކަލާނގެ އާޔަތްތަށް އައެވެ. ދެންކަލޭ އެއާޔަތްތަށް ދޮގުކޮށް އަދި ބޮޑާވެ ކިބުރުވެރިވިގަތީއެވެ. އަދި ކަލޭވީ ކާފަރުންގެ ތެރެއިންނެވެ. (މިފަދަ މިފަދަ ނަމަތަށް ކިއުމުގެ ކުރިން ކަލޭމެން ﷲ ބާވައިލެއްވި ކީރިތި قُرْآن އާއި ތަބަޢަވެ އެކަލާނގެއަށް ކިޔަމަންތެރިވާށެވެ.)\n* ދަންނައެވެ. މި آ ية: (قل يا عبادى الّذين أسرفو على أنفسهم.) މިއާޔަތަކީ ކީރިތި قُرْآن ގައި އަޅުތަކުންނަށްޓަކައިވާ އެންމެ އުފާވެރި بشارة ކަމުގައިވާނެއެވެ. ﷲ ގެ އަޅުތަކުންގެ މައްޗަށް އެކަލާނގެ حضرة ންވާ އޯގާވަންތަކަމާއި رحمة އަކީ ފުންމިން ނޭގޭ ކަނޑެކެވެ. * އެންމެ ފުރަތަމަ އެކަލާނގެ ރަސްކަންފުޅާއި އަޅުތަކުން ނިސްބަތްކުރައްވާ ގުޅުވާފައިވުމަކީ އަޅުތަކުންނަށްވާ މާތްކަމާއި شرف އެކެވެ. އަދި އުފާވެރިކަމުގެ ދަލީލެކެވެ. * ދެވަނައަށް އެވަނީ އެބައިމީހުން ފާފަޔާއި އުރެދުމުގައި ގިނަކޮށް إسراف ކުރިކަން بيان ކުރައްވާފައެވެ. * ތިންވަނައަށް އެޔާވިދިގެން އެއަންގަވަނީ އެފަދަ ގިނަ ފާފައިގެ އަޅުންވެސް އެކަލާނގެ رحمة ން أميد ކަނޑައިނުލެއްވުމަށެވެ. އެފަދަ ގިނަ ފާފައިގެ އަޅުންނަށް رحمة ން أميد ކަނޑައިނުލުމަށް އެންގެވީމާ އެތަނުގެ مفهوم ން ސާބިތުވަނީ މަދު ފާފައިގެ أهل ވެރިންނަށް އެކަލާނގެ ފުއްސެވުން މާ أولى ވެގެންވާކަމެވެ. * ދެން އެޔާއެކު ހުރިހާ ޝައްކުން ފިލާވަރު ބަސްފުޅު އެވަނީއެވެ. (إنّ الله يغفر الذ نوب جميعا) يعني ހަމަކަށަވަރުން ﷲ އެންމެހައި ފާފައެއްފުއްސަވައެވެ. މިފަދަ ބަސްފުޅުތަކުން އަޅުތަކުންނަށް ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއެވެ! ﷲ ގެ رحمة ގެ ބޮޑުކަމާއެވެ! ނަމަވެސް އެޔާވިދިގެންވާ އާޔަތުގައި އެއަންގަވަނީ އެކަލާނގެއަށް توبة ވެ رجوع ވެ އެކަލާނގެއަށް ކިޔަމަންވުމަށެވެ. މިއިން މިއެނގެނީ އެފަދަ ބޮޑު رحمة އާއި އޯގާވަންތަކަން ﷲ ގެ حضرة ގައިވާއިރު އަޅުތަކުން އެކަމަށް އެދި އެކަލާނގެ حضرة އަށް رجوع ވެ توبة ވުން އަވަސްކުރަންވީކަމެވެ. والله أعلم.
-
39:60
وَيَوْمَ ٱلْقِيَـٰمَةِ تَرَى ٱلَّذِينَ كَذَبُوا۟ عَلَى ٱللَّهِ وُجُوهُهُم مُّسْوَدَّةٌ ۚ أَلَيْسَ فِى جَهَنَّمَ مَثْوًى لِّلْمُتَكَبِّرِينَ
Wa-Yawmal Q̣iyaamati taral laẓeena kaẓaboo ʻalal laahi wujoohuhum muswaddah: ʹalaysa fee Jahannama mas̤wal lilmutakabbireen?
އަދި ﷲ އަށް ދޮގުތަކެއްހެދި މީހުންގެ މޫނުތައް ޤިޔާމަތްދުވަހުން ކަޅުވެގެންވަނިކޮށް ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. ކިބުރުވެރި ބޮޑާވިމީހުންގެ ޖާގައެއްކަމުގައި ނަރަކަ ނުވޭހެއްޔެވެ؟ (އެބަހީ އެމީހުންގެ ޖާގައެއްކަމުގައި ނަރަކަފުދޭނެއެވެ.)
-
39:61
وَيُنَجِّى ٱللَّهُ ٱلَّذِينَ ٱتَّقَوْا۟ بِمَفَازَتِهِمْ لَا يَمَسُّهُمُ ٱلسُّوٓءُ وَلَا هُمْ يَحْزَنُونَ
Wa-yunajjil laahul laẓeenat taq̣aw Bimafaazatihim laa- yamassuhumus soooʹu wa-laa hum yaḥzanoon.
އަދި ތަޤުވާވެރިވި މީސްތަކުން އެބައިމީހުންގެ ނަސީބާއި ކާމިޔާބުގެ ސަބަބުން ﷲ އެމީހުން (އެދުވަހުގެ ނުރައްކަލުން) ސަލާމަތްކުރައްވާނެއެވެ. އެމީހުންގައި އެއްވެސް ނުބައެއްނުބީހޭނެއެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައި ކަމުގައިވެސްއެމީހުންނުވެއެވެ.
-
39:62
ٱللَّهُ خَـٰلِقُ كُلِّ شَىْءٍ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ وَكِيلٌ
ʹAllaahu khaaliq̣u kulli shayʹ: wa-Huwa ʻalaa kulli shayʹiñw Wakeel.
ﷲ އެއީ އެންމެހައިތަކެތި ހައްދަވާ ކަލާނގެއެވެ. އަދި ކޮންމެ އެއްޗެއް ރައްކާތެރިކުރައްވައި ބެލެހެއްޓުމުގައި އެކަލާނގެ ޤާއިމުވެވޮޑިގެންވެއެވެ.
-
39:63
لَّهُۥ مَقَالِيدُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ أُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ
Lahoo maq̣aaleedus samaawaati wal-ʹarḍ: wallaẓeena kafaroo biʹAayaatil laahi ʹulaaaʹika humul khaasiroon.
އަދި އުޑުތަކާއި ބިމުގެ مَقَالِيد ވަނީ އެކަލާނގެއަށް އެކަނި ހާއްސަވެގެންނެވެ. (مَقَالِيد އެވެ ބުނިބަހުން މުރާދުކުރެވެނީ އެދެތާނގެ ކަންތަކާމެދު ތަދުބީރުކުރެއްވުމާއި ބޭނުންވެވޮޑިގެންވާގޮތަކަށް އެތަންތާނގެ ކަންތައްތަށް ހިންގެވުމެވެ.) އަދި ﷲގެ އާޔަތްތަކަށް ކާފަރުވާ މީސްތަކުން ދަންނައެވެ. ގެއްލިހަލާކުވެގެންވާ މީހުންނަކީ ހަމައެއީއެވެ.
-
39:64
قُلْ أَفَغَيْرَ ٱللَّهِ تَأْمُرُوٓنِّىٓ أَعْبُدُ أَيُّهَا ٱلْجَـٰهِلُونَ
Q̣ul ʹafag̣ayral laahi taʹmurooonneee ʹaʻbudu ʹayyuhal jaahiloon?
(އޭ رَسُوْل الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އޭމިތިބަ ޖާހިލުންނޭވެ. ކަލޭމެން އަހުރެންނަށް ތިޔަ އަމުރުކުރަނީ ﷲ ނޫން ފަރާތަކަށް އަހަރެން އަޅުކަންކުރަން ހެއްޔެވެ؟
-
39:65
وَلَقَدْ أُوحِىَ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلْخَـٰسِرِينَ
Wa-laq̣ad ʹooḥiya ʹilayka wa-ʹilal laẓeena miñ q̣ablik: laʹin ʹashrakta layaḥbaṭanna ʻamaluka wa-latakoonanna minal khaasireen.
(الله وحي ކުރެއްވިއެވެ.) އަދި ހަމަކަށަވަރުން ކަލޭގެފާނަށް وحي ކުރެއްވިގެންވަނީ އަދި ކަލޭގެފާނުންގެ ކުރީގެ رَسُوْل ބޭކަލުންނަށްވެސް وحي އިއްވެވިގެން ވާނީ (އެބޭކަލުންވެސް) އަދި ކަލޭގެފާނުވެސް شرك ކޮށްފިއްޔާ ހަމަކަށަވަރުން ކަލޭގެފާނު ކުރެއްވި އެންމެހައި ހެޔޮ عمل باطل ކުރައްވާނެކަމަށެވެ. އަދި ހަމަކަށަވަރުން އޭރުން ކަލޭގެފާނުވާނީ ގެއްލި ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.
-
39:66
بَلِ ٱللَّهَ فَٱعْبُدْ وَكُن مِّنَ ٱلشَّـٰكِرِينَ
Balil laaha faʻbud wa-kum minash shaakireen.
އަދި ކިޔެއްހެއްޔެވެ؟ ހަމައެކަނި ﷲ އަށް އަޅުކަން ކުރައްވާށެވެ. އަދި شرك ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ. މިއެވެ.
-
39:67
وَمَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِهِۦ وَٱلْأَرْضُ جَمِيعًا قَبْضَتُهُۥ يَوْمَ ٱلْقِيَـٰمَةِ وَٱلسَّمَـٰوَٰتُ مَطْوِيَّـٰتٌۢ بِيَمِينِهِۦ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يُشْرِكُونَ
Wa-maa q̣adarul laaha ḥaq̣q̣a q̣adrihee wal-ʹarḍu jameeʻañ q̣abḍatuhoo Yawmal Q̣iyaamati wassamaawaatu maṭwiyyaatum biyameenih: Subḥaanahoo wa-Taʻaalaa ʻammaa yushrikoon!
އަދި ހަމަކަށަވަރުން އެމީހުން - އެބަހީ مشرك ން -ﷲ އަށް قدرކޮށް إحترام ކުރުން حق ވެގެންވާވަރަކަށް އެމީހުން އެކަލާނގެއަށް قدر ކޮށް إحترام ކޮށްނުހަދައެވެ. قيامة ދުވަހުން މުޅި ބިނަގަޑުވާނީ އެކަލާނގެ މުށްޕުޅުގައެވެ. އަދި އުޑުތައް ފަށްފަށް ޖައްސަވާލައްވާފައިވާނީ އެކަލާނގެ ކަނައަތްޕުޅުގައެވެ. އަދި އެބައިމީހުން އެ شرك ކުރާ ކަންތަކުން އެކަލާނގެ ހުސް طاهر ވަންތަވެ މަތިވެރިވެ ވޮޑިގެންވެއެވެ.
-
39:68
وَنُفِخَ فِى ٱلصُّورِ فَصَعِقَ مَن فِى ٱلسَّمَـٰوَٰتِ وَمَن فِى ٱلْأَرْضِ إِلَّا مَن شَآءَ ٱللَّهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ
Wa-nufikha fiṣ Ṣoori faṣaʻiq̣a mañ fis samaawaati wa-mañ fil ʹarḍi ʹillaa mañ shaaaʹal laah. S̤umma nufikha feehi ʹukhraa faʹiẓaa hum q̣iyaamuñy yañz̤̣uroon!
ފަހެ (ފުރަތަމަ ފަހަރަށް) ތާޅަފިލި ފުންމަވައިލެވިއްޖެއްޔާ ﷲ އިރާދަކުރެއްވި ފަރާތެއް މެނުވީ އުޑުތަކާއި ބިމުގައިވާހާ ބަޔަކު ބިރުން ސިހިގެންގޮސް މަރުވެދެއެވެ. ދެން ދެވަނަ ފަހަރަށް އަލުންވެސް ތާޅަފިލި ފުންމަވައިލެއްވޭނެއެވެ. ދެން އޭރުން މީސްތަކުން (ކަށްވަޅުތަކުން ނުކުމެގެން) ތެދުވެ ބަލަން ތިބޭނެއެވެ.
-
39:69
وَأَشْرَقَتِ ٱلْأَرْضُ بِنُورِ رَبِّهَا وَوُضِعَ ٱلْكِتَـٰبُ وَجِا۟ىٓءَ بِٱلنَّبِيِّـۧنَ وَٱلشُّهَدَآءِ وَقُضِىَ بَيْنَهُم بِٱلْحَقِّ وَهُمْ لَا يُظْلَمُونَ
Wa-ʹashraq̣atil ʹarḍu binoori Rabbihaa wa-wuḍiʻal Kitaabu wa-jeeeʹa bin-nabiyyeena washshuhadaaaʹi wa-q̣uḍiya baynahum̃ bilḥaq̣q̣i wa-hum laa- yuz̤̣lamoon.
އަދި ބިންގަނޑު އެބިންގަނޑުގެ ވެރި رب ގެ نور ން މުޅިން އަލިވެ އުޖާލާވެދެއެވެ. ދެން މީސްތަކުން ދުނިޔޭގައި ކުރި عمل ތަކުގެ ފަތްތައް حساب ބެއްލެވުމަށްޓަކައި ގެނަސްބެހެއްޓިދާނެއެވެ. އަދި نبي ބޭކަލުންނާއި ހެކިވެރިން ގެންނަވައި އެމީހުންގެ މެދުގައި ސީދާ حق ގޮތުގައި ނިޔާ ކަނޑައެޅިދާނެއެވެ. އަދި އެއްވެސް އަނިޔާއެއް އެދުވަހުން އެމީހުންނަށް ނުވެވޭނެއެވެ.\n* ދަންނައެވެ. އެކިއެކި أمة ތަކުގެ رسول ބޭކަލުން އެބޭކަލުންގެ أمة އަށް رسول ކަން އިއްވަވައިދެއްވި ކަމަށް ހެކި ދެއްވުމަށް ގެނެވޭ ހެކިވެރިންނަކީ محمد ﷺ ގެ أمة ގެ މީހުންނެވެ. އެވާހަކަ بقرة ސޫރަތުގައި بيان ވެގެން އެވަނީއެވެ. (وَكذَالِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِتَكُوْنُوْا شُهَدَاء عَلَى النَّاسِ وَيَكُون الرسول عليكم شهيدًا....) މާނައީ ތިމަންރަސްކަލާނގެ ކަލޭމެން خاص ވެގެންވާ عدل ވެރި أمة އެއްކަމުގައި ލެއްވީ އެފަދައިންނެވެ. އެއީ މީސްތަކުންގެ މައްޗަށް ހެކިދޭ ހެކިވެރިން ކަމުގައި ކަލޭމެންވުމަށްޓަކައެވެ. އަދި ކަލޭމެން މައްޗަށް ހެކިދެއްވާ ބޭކަލަކުކަމުގައި رسول އާ ވުމަށްޓަކައެވެ....) މިއެވެ.
-
39:70
وَوُفِّيَتْ كُلُّ نَفْسٍ مَّا عَمِلَتْ وَهُوَ أَعْلَمُ بِمَا يَفْعَلُونَ
Wa-wuffiyat kullu nafsim maa ʻamilat wa-Huwa ʹaʻlamu bimaa yafʻaloon.
ދެންފަހެ (قيامة ދުވަހުން) ކޮންމެ نفس އަކަށްމެ އެ نفس އެއް ކޮށްފައިވާ عمل ގެ ޖަޒާ ބަރާބަރަށް ލިބޭނެއެވެ. (ހެޔޮ عمل ވިއްޔާ ހެޔޮ ޖަޒާއެވެ. ނުބައި عمل ވިއްޔާ ނުބައި ޖަޒާއެވެ.) އަދި އެ عمل ތައް ކުރަމުން ދިޔައިރު އެހުރިހާކަމެއް ﷲ ދެނެވޮޑިގެންވެއެވެ. (ނަމަވެސް މަލާއިކަތްބޭކަލުން ލިޔުއްވި ފަތާއި ހެކިވެރިންނާއި ގުނަވަންތައް އެހެކިދެނީ އެއްވެސް ކަހަލަ حجة އެއް އަދި عذر އެއް ނުއޮތުމަށްޓަކައެވެ.)
-
39:71
وَسِيقَ ٱلَّذِينَ كَفَرُوٓا۟ إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰٓ إِذَا جَآءُوهَا فُتِحَتْ أَبْوَٰبُهَا وَقَالَ لَهُمْ خَزَنَتُهَآ أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَتْلُونَ عَلَيْكُمْ ءَايَـٰتِ رَبِّكُمْ وَيُنذِرُونَكُمْ لِقَآءَ يَوْمِكُمْ هَـٰذَا ۚ قَالُوا۟ بَلَىٰ وَلَـٰكِنْ حَقَّتْ كَلِمَةُ ٱلْعَذَابِ عَلَى ٱلْكَـٰفِرِينَ
Wa-seeq̣al laẓeena kafarooo ʹilaa Jahannama zumaraa: Ḥattaaa ʹiẓaa jaaaʹoohaa futiḥat ʹabwaabuhaa wa-q̣aala lahum khazanatuhaaa ʹalam yaʹtikum rusulum miñkum yatloona ʻalaykum ʹAayaati Rabbikum wa-yuñẓiroonakum Liq̣aaaʹa Yawmikum haaẓaa? Q̣aaloo balaa wa-laakin ḥaq̣q̣at Kalimatul ʻAẓaabi ʻalal kaafireen!
އަދި ކާފަރުވީ މީސްތަކުން ދަމާފައި ނަރަކައަށް ގެނެވޭނެއެވެ. އެއީ جماعة جماعة އަށެވެ. ބައިބަޔަށެވެ. (ކޮންމެ ބާވަތެއްގެ ކުށްވެރިންގެ ތެރެއިންވެސް އިސްމީހުން ކުރިއަށެވެ.) ދެން އެމީހުން ނަރަކައާއި ހަމައަށް ގެންދެވިއްޖެއްޔާ ނަރަކައިގެ ދޮރުތައް ހުޅުވިދާނެއެވެ. އަދި އެތަން ބެލެހެއްޓެވުމަށް ލައްވާފައިވާ މަލާއިކަތްބޭކަލުން އެމީހުންނާއި ސުވާލުކުރައްވާނެއެވެ. ވިދާޅުވާނެއެވެ. ކަލޭމެންގެ رَبُّ އާޔަތްތައް ކިޔަވައިދެއްވައި އަދި މިދުވަހާއި ކަލޭމެން ބައްދަލުވާންޖެހިދާނެކަމުގެ އިންޒާރުދެއްވައި ބިރުގެންނެވުމަށް ކަލޭމެންގާތަށްފަހެ ރަސޫލުބޭކަލުން ވަޑައިނުގަންނަވައިހެއްޔެވެ؟ އެމީހުންދަންނަވާނެއެވެ. ނޫނެކެވެ. ވަޑައިގެންނެވިއެވެ. އަދި ތިޔައިންޒާރުވެސް ކުރެއްވިއެވެ. ނަމަވެސް عَذَابُ ގެ ކަލިމަފުޅު ކާފަރުންގެމައްޗަށް حَقُّ ވީއެވެ.
-
39:72
قِيلَ ٱدْخُلُوٓا۟ أَبْوَٰبَ جَهَنَّمَ خَـٰلِدِينَ فِيهَا ۖ فَبِئْسَ مَثْوَى ٱلْمُتَكَبِّرِينَ
Q̣eelad khulooo ʹabwaaba Jahannama khaalideena feehaa: fabiʹsa mas̤wal mutakabbireen!
ދެން އެމީހުންނަށް އެންގޭނެއެވެ. ކަލޭމެން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ. އެތާދެމިތިބޭ ގޮތަށެވެ. ފަހެ ބޮޑާވެ ކިބުރުވެރިވިމީހުންގެ ޖާގައެއްކަމުގައި قِيَامَة ދުވަހުން ހަމަޖެހިފައިވާތަން ނުބައިވެގެންވެއެވެ. އެއީ ނަރަކައެވެ.
-
39:73
وَسِيقَ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ إِلَى ٱلْجَنَّةِ زُمَرًا ۖ حَتَّىٰٓ إِذَا جَآءُوهَا وَفُتِحَتْ أَبْوَٰبُهَا وَقَالَ لَهُمْ خَزَنَتُهَا سَلَـٰمٌ عَلَيْكُمْ طِبْتُمْ فَٱدْخُلُوهَا خَـٰلِدِينَ
Wa-seeq̣al laẓeenat taq̣aw Rabbahum ʹilal Jannati zumaraa: ḥattaaa ʹiẓaa jaaaʹooha wa-futiḥat ʹabwaabuhaa wa-q̣aala lahum khazanatuhaa ʻʻSalaamun ʻalaykum ṭibtum fadkhuloohaa khaalideen.ʹʹ
އަދި އެބައިމީހުން އެބައިމީހުންގެ رَبُّ އަށް تَقْوَى ވެރިވީމީހުން جماعة جماعة އަށް ސުވަރުގެއަށް ގެންދެވޭނެއެވެ. އަދި އެމީހުންނަށް އެތަނަށް ދެވިއްޖެއްޔާ އެތާގެ ދޮރުތައް ހުޅުވިދާނެއެވެ. އަދި އެތަންބަލަހައްޓަވަން ތިއްބަވާ މަލާއިކަތްބޭކަލުން ވިދާޅުވާނެއެވެ. ކަލޭމެންގެ މައްޗަށް ސަލާމު ހުއްޓެވެ. ކަލޭމެންގެ ކަންތައް ރަނގަޅުވެގެންވެއެވެ. (ކަލޭމެން ދުނިޔޭގައި ކުރިޢަމަލުން ފުރާނަތައް ރަނގަޅުވެ ފައްކާވެގެންވެއެވެ.) އަދިކަލޭމެން ތިބުމަށް ރަނގަޅުތަންވެއެވެ. ފަހެ ކަލޭމެން ދެމިތިބޭގޮތަށް ކަލޭމެން ސުވަރުގެއަށް ވަންނާށެވެ.
-
39:74
وَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِى صَدَقَنَا وَعْدَهُۥ وَأَوْرَثَنَا ٱلْأَرْضَ نَتَبَوَّأُ مِنَ ٱلْجَنَّةِ حَيْثُ نَشَآءُ ۖ فَنِعْمَ أَجْرُ ٱلْعَـٰمِلِينَ
Wa-q̣aalul Ḥamdulillaahil laẓee ṣadaq̣anaa Waʻdahoo wa-ʹawras̤anal ʹarḍa natabaw waʹu minal Jannati ḥays̤u Nashaaaʹ: Faniʻma ʹajrul ʻaamileen!
އަދި އެމީހުން ދަންނަވާނެއެވެ. އެންމެހައި ތާރީފާއި ސަނާއެއްހުރީ ﷲ އަށެވެ. އެކަލާނގެއީ އެކަލާނގެ އަޅަމެންނާއިމެދު ކުރައްވާފައިވާ وَعْدُ ފުޅު ތެދުކުރެއްވި ކަލާނގެއެވެ. ސުވަރުގޭގެ ބިން އެކަލާނގެ އަޅަމެންނަށް ވާރުތަކޮށް ދެއްވިއެވެ. (އެއީ އަހުރެމެންގެ ބައްޕައާއި މަންމަ ފުރަތަމައުޅުއްވި ތަނެވެ.) ސުވަރުގޭގައި އަހުރެމެން ބޭނުންގޮތަކަށް އުޅޭނީއެވެ. ފަހެ ދުނިޔޭގައި ހެޔޮ ޢަމަލު ކުރިމީހުންގެ ދަރުމަ މާތްވެގެންވެއެވެ.
-
39:75
وَتَرَى ٱلْمَلَـٰٓئِكَةَ حَآفِّينَ مِنْ حَوْلِ ٱلْعَرْشِ يُسَبِّحُونَ بِحَمْدِ رَبِّهِمْ ۖ وَقُضِىَ بَيْنَهُم بِٱلْحَقِّ وَقِيلَ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ
Wa-taral malaaaʹikata ḥaaaffeena Min ḥawlil ʻArshi yusabbiḥoona bi-Ḥamdi Rabbihim. Wa-q̣uḍiya baynahum̃ bilḥaq̣q̣i wa-q̣eelal Ḥamdu lillaahi Rabbil ʻAalameen!
އަދި މަލާއިކަތްބޭކަލުން ﷲ ގެ عَرْشِ ފުޅު ވަށައިގެންވާތީ ކަލޭގެފާނު ދެކެވަޑައި ގަންނަވާނެއެވެ. އަދި އެބޭކަލުން އެބޭކަލުންގެ رَبُّ ގެ حَضْرَة އަށް حَمْد ކުރައްވައި تَسْبِيْح ވިދާޅުވާނެއެވެ. އަދި އެންމެހައި خَلْقُ ތަކުންގެމެދުގައި حَقُّ އަށް ނިޔާކުރެވިނިމޭނެއެވެ. އަދިބުނެވޭނެއެވެ. އެންމެހައި حَمْد އާއި تَعْرِيْفُ އެއްހުރީ ޢާލަމުތައް ހައްދަވާބޮޑުކުރެއްވި އެތަކެތީގެވެރި رَبُّ އަށެވެ. (މިއީ މުއުމިނުންގެ ބަހެވެ.)
Surah GhafirBegins here at 40:1
-
40:1
حمٓ
Ḥaa-Meeem.
حم: މި އަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. މިބާވަތުގެ އެންމެހައި އަކުރުތަކާމެދު مفسّر ން ދެއްކި ވާހަކައިގެ خلاصة އިން ފާހަގަކުރެވުނު ދެ ފައިދާއެއްގެ ވާހަކަ އަދި ފަހުން ދަންނަވާނަމެވެ.
-
40:2
تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْعَلِيمِ
Tañzeelul Kitaabi minal laahil ʻAzeezil ʻAleem,―
ފޮތް ބާވައިލެއްވީ / އެބަހީ ކީރިތި قرآن ބާވައިލެއްވީ عزّة ވަންތަ، އަދި ހުރިހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ ﷲ ގެ حضرة ންނެވެ.
-
40:3
غَافِرِ ٱلذَّنۢبِ وَقَابِلِ ٱلتَّوْبِ شَدِيدِ ٱلْعِقَابِ ذِى ٱلطَّوْلِ ۖ لَآ إِلَـٰهَ إِلَّا هُوَ ۖ إِلَيْهِ ٱلْمَصِيرُ
G̣aafiriẓ Ẓambi wa-Q̣aabilit Tawbi Shadeedil ʻIq̣aabi Ẓiṭ Ṭawl. Laaa ʹilaaha ʹillaa Hoo: ʹilayhil Maṣeer.
އެކަލާނގެއީ އަޅުތަކުންގެ ފާފަތައް ފުއްސަވާ، توبة ވާ އަޅުންގެ توبة قبول ކުރައްވާ ކަލާނގެއެވެ. އަދި އެޔާއެކު އެކަލާނގެއަށް ނުކިޔަމަންތެރިވާ އަޅުންނަށް عقوبة ދެއްވުން ގަދަފަދަވެވޮޑިގެންވާ ކަލާނގެއެވެ. އަދި އެކަލާނގެއީ فضل ވަންތަކަން ބޮޑުވެގެންވާ، އަދި ގިނަގިނަ إحسان ވަންތަކަން އެކަލާނގެ އަޅުތަކުންނަށް ދެއްވުމުގެ ވެރި ދީލަތިވަންތަ ކަލާނގެއެވެ. އެކަލާނގެ ފިޔަވައި (އަޅުކަންވެވުން حقّ ވެގެންވާ) އެހެން އެއްވެސް إلٰهއަކު ނުވެއެވެ. ހުރިހާ ކަމެއް އެންމެ ފަހުން އެނބުރިދިއުން ވަނީ އެކަލާނގެ حضرة އަށެވެ.
-
40:4
مَا يُجَـٰدِلُ فِىٓ ءَايَـٰتِ ٱللَّهِ إِلَّا ٱلَّذِينَ كَفَرُوا۟ فَلَا يَغْرُرْكَ تَقَلُّبُهُمْ فِى ٱلْبِلَـٰدِ
Maa- yujaadilu feee ʹAayaatil laahi ʹillal laẓeena kafaroo falaa yag̣rurka taq̣allubuhum fil bilaad!
ކާފަރުވެއްޖެ ބަޔަކު މެނުވީ ﷲ ގެ އާޔަތްތަކަށް (ރައްދުކޮށް، ދޮގުކުރުމަށް) جدل ނުކުރާނެއެވެ. ފަހެ ކާފަރުވީ މީސްތަކުން ރަށްރަށުގައި އެ ފުރޮޅޭ ފުރޮޅުންތަކަށް ކަލޭގެފާނު ހެއްލުންތެރިވިޔަ ނުދެއްވާށެވެ!\nއެބަހީ އެމީހުން ވިޔަފާރިޔާއި، އަދި ترقّى ގެ ގޮތުންނޭ ކިޔައިގެން ކުރަމުން އެގެންދާ ޒާތްޒާތުގެ مشروع ތަކުގެ ސަބަބުން ކަލޭގެފާނު ހެއްލުންތެރިވިޔަ ނުދެއްވާށެވެ! ސީދާ މަގުގައި ކަލޭގެފާނު ހުންނަވައިގެން ކުރިޔަށް ވަޑައިގަންނަވާށެވެ! ކާފަރުންގެ ކުރިއެރުމަށް ނުބައްލަވާށެވެ. އެހެނީ އެމީހުންގެ ނިމުމަކީ ހަލާކެވެ. ދެން آخرة ގައި عذاب އެވެ.
-
40:5
كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَٱلْأَحْزَابُ مِنۢ بَعْدِهِمْ ۖ وَهَمَّتْ كُلُّ أُمَّةٍۭ بِرَسُولِهِمْ لِيَأْخُذُوهُ ۖ وَجَـٰدَلُوا۟ بِٱلْبَـٰطِلِ لِيُدْحِضُوا۟ بِهِ ٱلْحَقَّ فَأَخَذْتُهُمْ ۖ فَكَيْفَ كَانَ عِقَابِ
Kaẓẓabat q̣ablahum Q̣awmu Nooḥiñw wal-ʹAḥzaabu mim baʻdihim; wa-hammat kullu ʹummatim birasoolihim liyaʹkhuẓoohu wa-jaadaloo bilbaaṭili liyudḥiḍoo bihil Ḥaq̣q̣a faʹakhaẓtuhum! Fakayfa kaana ʻIq̣aab!
(مكّة ގެ قريش ންގެ) ކުރިން نوح ގެ قوم ގެ މީހުން އެމީހުންގެ رسول އާ ދޮގުކުރިއެވެ. އަދި އެމީހުންގެ ފަހުން ދެން އައި އެންމެހައި أمّة ތައްވެސް އެމީހުންގެ ގާތަށް ވަޑައިގެންނެވި رسول ބޭކަލުން ދޮގުކުރިއެވެ. ކޮންމެ أمّة އެއްވެސް މަސައްކަތްކުރީ އެބައިމީހުންގެ ގާތަށް ފޮނުއްވުނު رسول އާ ހިފައިގަތުމަށެވެ. އެ ބޭކަލަކަށް އަނިޔާކުރުމަށެވެ. އަދި باطل ގޮތްގޮތުން އެ ބޭކަލުންނާ جدل ތައް ކުރިއެވެ. އެއީ حقّ ފުހެލައި، ނެތިކޮށްލުމަށް ޓަކައެވެ. ދެން ތިމަން ރަސްކަލާނގެ އެމީހުން ހިއްޕަވައި ހަލާކު ކުރެއްވީމެވެ. އަދި އެމީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ عذاب އާއި، عقوبة ވީ ކޮންފަދައަކުން ހެއްޔެވެ؟ (އެކަން ވީ ވަރަށް ގަދަފަދަކޮށެވެ.)
-
40:6
وَكَذَٰلِكَ حَقَّتْ كَلِمَتُ رَبِّكَ عَلَى ٱلَّذِينَ كَفَرُوٓا۟ أَنَّهُمْ أَصْحَـٰبُ ٱلنَّارِ
Wa-kaẓaalika ḥaq̣q̣at Kalimatu Rabbika ʻalal laẓeena kafarooo ʹannahum ʹAṣḥaabun Naar!
(އޭ رسول الله އެވެ!) ކާފަރުވީ މީސްތަކުންގެ މައްޗަށް ކަލޭގެފާނުގެ ربّ ގެ وعيد ގެ ބަސްފުޅު حقّ ވީ އެފަދައިންނެވެ. عذاب ގެ كلمة ފުޅު واجب ވީ އެފަދައިންނެވެ. ހަމަކަށަވަރުން އެމީހުން ވީ ނަރަކައިގެ އެކުވެރީން ކަމުގައެވެ.
-
40:7
ٱلَّذِينَ يَحْمِلُونَ ٱلْعَرْشَ وَمَنْ حَوْلَهُۥ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيُؤْمِنُونَ بِهِۦ وَيَسْتَغْفِرُونَ لِلَّذِينَ ءَامَنُوا۟ رَبَّنَا وَسِعْتَ كُلَّ شَىْءٍ رَّحْمَةً وَعِلْمًا فَٱغْفِرْ لِلَّذِينَ تَابُوا۟ وَٱتَّبَعُوا۟ سَبِيلَكَ وَقِهِمْ عَذَابَ ٱلْجَحِيمِ
ʹAllaẓeena yaḥmiloonal ʻArsha wa-man ḥawlahoo yusabbiḥoona bi-Ḥamdi Rabbihim wa-yuʹminoona bihee wa-yastag̣firoona lillaẓeena ʹaamanoo: Rabbanaa wasiʻta kulla shayʹir Raḥmatañw wa-ʻilmañ fag̣fir lillaẓeena taaboo wattabaʻoo Sabeelaka waq̣ihim ʻAẓaabal Jaḥeem!
عرش އުފުއްލަވާ މަލާއިކަތް ބޭކަލުންނާއި، އަދި عرش ވަށައިގެންވާ މަލާއިކަތް ބޭކަލުން އެބޭކަލުންގެ ربّ އަށް حمد ކުރައްވައި، تسبيح ވިދާޅުވެއެވެ. އަދި އެ ބޭކަލުން އެކަލާނގެއަށް އީމާންވެވަޑައިގަންނަވައެވެ. އަދި އީމާންވެގެންވާ މީސްތަކުން ގެ ފާފަ ފުއްސެވުމަށް (ﷲ ގެ حضرة ގައި ދަންނަވައި) އެދިވަޑައިގަންނަވައެވެ. (އަދި އެބޭކަލުން ވިދާޅުވެއެވެ.) [އޭ އަޅަމެންގެ ވެރި ربّ އެވެ! އިބަ ރަސްކަލާނގެ رحمة އާއި، ދެނެވޮޑިގަތުން އެންމެހައި خلق ތަކުންގެ މައްޗަށް ތަނަވަސްވެގެން ވެއެވެ. ފަހެ (މީސްތަކުން ކުރެ) އިބަރަސްކަލާނގެ حضرة އަށް توبة ވެ رجوع ވި އަދި އިބަރަސްކަލާނގެ މަގާ، (އެބަހީ އިސްލާމްދީނާ) تبع ވި އެންމެންގެ ފާފަ ފުއްސަވާނދޭވެ! އަދި ނަރަކައިގެ عذاب ން އެބައިމީހުން ސަލާމަތްކުރައްވާނދޭވެ!
-
40:8
رَبَّنَا وَأَدْخِلْهُمْ جَنَّـٰتِ عَدْنٍ ٱلَّتِى وَعَدتَّهُمْ وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّـٰتِهِمْ ۚ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ
Rabbanaa wa-ʹadkhilhum Jannaati ʻAdninil latee waʻattahum wa-mañ ṣalaḥa min ʹaabaaaʹihim wa-ʹazwaajihim wa-ẓurriyyaatihim! ʹInnaka ʹAñtal ʻAzeezul Ḥakeem.
[އަދި އޭ އަޅަމެންގެ ربّ އެވެ! އިބަރަސްކަލާނގެ އެބައިމީހުންނަށް وعد ކުރައްވާފައިވާ ސުވަރުގެއަށް އެބައިމީހުން ވައްދަވާދޭވެ! އަދި އެބައިމީހުންގެ ކާބަފައިންގެ ތެރެއިންނާއި، އެބައިމީހުންގެ އަނބީންގެ ތެރެއިންނާއި، އަދި އެބައިމީހުންގެ ދަރިފަސްކޮޅުންވެސް އެ ސުވަރުގެއަށް ވަނުމަށް صلح ވެގެންވާ އެންމެން އެ ސުވަރުގެއަށް ވައްދަވާދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ عزّة ވަންތަ، حكمة ވަންތަ ކަލާނގެއެވެ.
-
40:9
وَقِهِمُ ٱلسَّيِّـَٔاتِ ۚ وَمَن تَقِ ٱلسَّيِّـَٔاتِ يَوْمَئِذٍ فَقَدْ رَحِمْتَهُۥ ۚ وَذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ
Waq̣ihimus sayyiʹaat; wa-mañ taq̣is sayyiʹaati Yawmaʹiẓiñ faq̣ad raḥimtah: wa-zaalika huwal Fawzul ʻaz̤̣eem.
އަދި ނުބައި ކަންތަކުން - އެބަހީ ނުބައި ކަންތަކުގެ عذاب ން - އެމީހުން ސަލާމަތްކުރައްވާދޭވެ! އަދި އެދުވަހުގެ عذاب ން ސަލާމަތްވެ، ރައްކާތެރިވެއްޖެ މީހާ ދަންނައެވެ. ހަމަކަށަވަރުން އެމީހަކަށް އިބަރަސްކަލާނގެ رحمة ލައްވައިފިއެވެ. އަދި ބޮޑުވެގެންވާ نصيب އަކީ އެއީއެވެ.]
-
40:10
إِنَّ ٱلَّذِينَ كَفَرُوا۟ يُنَادَوْنَ لَمَقْتُ ٱللَّهِ أَكْبَرُ مِن مَّقْتِكُمْ أَنفُسَكُمْ إِذْ تُدْعَوْنَ إِلَى ٱلْإِيمَـٰنِ فَتَكْفُرُونَ
ʹInnal laẓeena kafaroo yunaadawna lamaq̣tul laahi ʹakbaru mim maq̣tikum ʹañfusakum ʹiẓ tudʻawna ʹilal ʹeemaani fatakfuroon.
ހަމަކަށަވަރުން ކާފަރުވީ މީސްތަކުންނަށް ގޮވޭނެއެވެ. އެބަހީ ނަރަކަވަންތަ ވެރީންނަށް މަލާއިކަތް ބޭކަލުން ގޮވައިލައްވާނެއެވެ. [ކަލޭމެން ކަލޭމެންގެ نفس ތަކަށް ރުޅިއަންނަ ވަރަށްވުރެ މާ ބޮޑަށް ﷲ ގެ ކޯފާ ކަލޭމެންގެ މައްޗަށް ބޮޑެވެގެންވެއެވެ. އެހެން އެވީ (ކަލޭމެން ދުނިޔޭގައި ތިބިހިނދު) ﷲ އަށް إيمان ވުމަށް ކަލޭމެންނަށް ގޮވުނު ހިނދުން ކަލޭމެން ކާފަރުވީ ކަމެވެ.]\n* ދަންނައެވެ. ނަރަކަވަންތަ ވެރީންކުރެ ކޮންމެ މީހަކުވެސް ނަރަކައިގައި ތިބެގެން ރުޅިއައިސްގެން ތިމާގެ نفس އަށް لعنة ދޭނެއެވެ. އޭގެ جواب ގައި މަލާއިކަތް ބޭކަލުން އެ ވިދާޅުވަނީ [ކަލޭމެން ކަލޭމެންގެ نفس ތަކަށް އަންނަ ރުޅިއަށްވުރެ ކަލޭމެންގެ މައްޗަށް ﷲ ގެ ކޯފާ މާ ބޮޑެވެ.]
-
40:11
قَالُوا۟ رَبَّنَآ أَمَتَّنَا ٱثْنَتَيْنِ وَأَحْيَيْتَنَا ٱثْنَتَيْنِ فَٱعْتَرَفْنَا بِذُنُوبِنَا فَهَلْ إِلَىٰ خُرُوجٍ مِّن سَبِيلٍ
Q̣aaloo Rabbanaaa ʹamat tanas̤natayni wa-ʹaḥyaytanas̤ natayni faʻtarafnaa biẓunoobinaa fahal ʹilaa khuroojim miñ sabeel?
(އެމީހުން ﷲ އަށް ދަންނަވާނެއެވެ.) [އަޅަމެންގެ ربّ އެވެ! އަޅަމެން ދެފަހަރަށް މަރުއްވަނީތޯއެވެ؟] (މިތާ، ދެމަރުގެ މުރާދަކީ ދުނިޔެއަށް އައުމުގެ ކުރީގެ މަރާއި، ދެން ދުނިޔޭގައި އުޅުމަށްފަހު ވާ މަރެވެ.) އަދި އެމީހުން ދަންނަވާނެއެވެ. [އަޅަމެން ދެފަހަރަށް ދިރުއްވަނީތޯއެވެ؟] (އެއީ ދުނިޔޭގެ حياة ގެ ދިރުމާއި، محشر އަށް ފޮނުއްވުމަށް ދިރޭ ދިރުމާއި، ދެ ދިރުމެވެ.) އެމީހުން ނަރަކައިގައި ތިބެގެން ދަންނަވާނެއެވެ. [އަޅަމެން، އަޅަމެންގެ ފާފަތަކަށް إعتراف ވެއްޖައީމެވެ. ފަހެ މި ނަރަކައިން ނުކުމެވޭނޭ އެއްވެސް މަގެއް އަޅަމެންނަށް ވޭތޯއެވެ؟] (މީގެ جواب އެއް ކަމުގައި ވާނީ [ނުވެއެވެ.] މިހެންނެވެ.)
-
40:12
ذَٰلِكُم بِأَنَّهُۥٓ إِذَا دُعِىَ ٱللَّهُ وَحْدَهُۥ كَفَرْتُمْ ۖ وَإِن يُشْرَكْ بِهِۦ تُؤْمِنُوا۟ ۚ فَٱلْحُكْمُ لِلَّهِ ٱلْعَلِىِّ ٱلْكَبِيرِ
Ẓaalikum̃ biʹannahooo ʹiẓaa duʻiyal laahu waḥdahoo kafartum, wa-ʹiñy yushrak bihee tuʹminoo! Fal-Ḥukmu lillaahil ʻAliyyil Kabeer!
[ކަލޭމެން ތިޔަ عذاب ގައި ތިބޭން ޖެހުނީ ހަމަކަށަވަރުން އެއްކައުވަންތަ ﷲ އަށް إيمان ވުމަށް ކަލޭމެންނަށް ގޮވިއްޖެއްޔާ ކަލޭމެން (އެކަލާނގެއަށް) ކާފަރުވީ ކަމެވެ. އަދި އެކަލާނގެއަށް شريك ކުރަން ގޮވިއްޖެއްޔާ ކަލޭމެން އެކަމަށް އީމާންވީ ކަމެވެ. އެކަން ތެދުކުރި ކަމެވެ. ފަހެ އެންމެހައި حكم އެއް خاصّ ވެގެންވަނީ ﷲ އަށެވެ. (ކަލޭމެން ނަރަކައިން ނުނެރެ ތިބޭ ގޮތަށް حكم ކުރެއްވީވެސް ހަމަ އެކަލާނގެއެވެ. އެކަލާނގެއީ މަތިވެރިވެވޮޑިގެންވާ كبرياء ވަންތަ ކަލާނގެއެވެ.]
-
40:13
هُوَ ٱلَّذِى يُرِيكُمْ ءَايَـٰتِهِۦ وَيُنَزِّلُ لَكُم مِّنَ ٱلسَّمَآءِ رِزْقًا ۚ وَمَا يَتَذَكَّرُ إِلَّا مَن يُنِيبُ
Huwal laẓee yureekum ʹAayaatihee wa-yunazzilu lakum minas samaaaʹi Rizq̣aa: wa-maa yataẓakkaru ʹillaa mañy yuneeb.
އެކަލާނގެއީ އެކަލާނގެ އެއްކައުވަންތަކަމާއި، ކުޅަދުންވަންތަ ކަމުގެ ހެކިތަކާއި، دليل ތައް ކަލޭމެންނަށް ދެއްކެވި ކަލާނގެއެވެ. އަދި ތިޔަބައިމީހުންނަށް ރިޒުގެއްގެ ގޮތުން އުޑުން ފެން ބާވައިލެއްވިއެވެ. މިފަދަ، މިފަދަ ކަންކަމަށް ވިސްނައި، އެއިން نصيحة އާއި، وعظ ލިބިގަންނަނީ ހަމައެކަނި އެކަލާނގެ ކިޔަމަންތެރިކަމަށް رجوع ވެ توبة ވާ މީހެކެވެ.
-
40:14
فَٱدْعُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ وَلَوْ كَرِهَ ٱلْكَـٰفِرُونَ
Fadʻul laaha mukhliṣeena lahud deena wa-law karihal kaafiroon.
(އޭ މުއުމިނުންނޭވެ!) ފަހެ ކަލޭމެން ﷲ އަށް އަޅުކަން إخلاص ތެރި ކުރާ حال ކަލޭމެން ﷲ އަށް دعاء ކުރާށެވެ! އެކަމާ ކާފަރުން ނުރުހި ތިބިނަމަވެސް މެއެވެ.
-
40:15
رَفِيعُ ٱلدَّرَجَـٰتِ ذُو ٱلْعَرْشِ يُلْقِى ٱلرُّوحَ مِنْ أَمْرِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ لِيُنذِرَ يَوْمَ ٱلتَّلَاقِ
Rafeeʻud darajaati Ẓul ʻArsh: yulq̣ir rooḥa min ʹAmrihee ʻalaa mañy yashaaaʹu min ʻibaadihee liyuñẓira Yawmat Talaaq̣,―
އެކަލާނގެއީ (يعني އެކަލާނގެ ކުޅަދުންވަންތަކަމުގެ علامة ތަކާއި، ހެކިތައް ކަލޭމެންނަށް ދައްކަވާ ކަލާނގެއީ) ދަރަޖަފުޅުތައް އުފުލިގެންވާ ކަލާނގެއެވެ. ނުވަތަ އެކަލާނގެއީ ސިފަފުޅުތައް ރިވެތިވެގެންވާ ކަލާނގެއެވެ. އެކަލާނގެއީ އެކަލާނގެ އަޅުތަކުންކުރެ އެދިވޮޑިގަންނަވާ އަޅަކަށް روح ބާވައިލައްވާ ކަލާނގެއެވެ. وحي ބާވައިލައްވާ ކަލާނގެއެވެ. އެއީ އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވާ ދުވަހަށް އިންޒާރުކުރައްވައި، ބިރުގެންނެވުމަށް ޓަކައެވެ. އެއީ قيامة ދުވަހެވެ.\n• ދަންނައެވެ. وحي އަށް روح އެވެ. ކިޔުނީ ހަށިގަނޑުތައް ފުރާނައިން ދިރޭފަދައިން ކާފަރުކަމުން މަރުވެފައިވާ ހިތްތައް وحي އިން ދިރޭތީއެވެ.\n• قيامة ދުވަސް އެއީ އެއްބަޔަކު އަނެއް ބަޔަކަށް ބައްދަލުވާ ދުވަސް ކަމުގައި އެވަނީ އެދުވަހުން އުޑުތަކުގައި ވާހައި ބަޔަކާއި، ބިމުގައި ވާ މީހުން ބައްދަލުވެ، އަދި އިސްވެދިޔަ މީސްތަކުންނާއި، ފަހުން އައިހާ ބަޔަކުވެސް އެ ދުވަހުން ބައްދަލުވާތީއެވެ.
-
40:16
يَوْمَ هُم بَـٰرِزُونَ ۖ لَا يَخْفَىٰ عَلَى ٱللَّهِ مِنْهُمْ شَىْءٌ ۚ لِّمَنِ ٱلْمُلْكُ ٱلْيَوْمَ ۖ لِلَّهِ ٱلْوَٰحِدِ ٱلْقَهَّارِ
Yawma hum̃ baarizoon: laa- yakhfaa ʻalal laahi minhum shayʹ. Limanil Mulkul Yawm? Lillaahil Waaḥidil Q̣ahhaar!
އަދި މީސްތަކުން އެދުވަހުން (ކަށްވަޅުތަކުން ނުކުމެ) ފައުޅުވެގެންވާ ހުއްޓެވެ. އަދި އެމީހުން ކުރި عمل ތަކުގެ ތެރެއިން އެކައްޗެއްވެސް ﷲ އަށް ވަންހަނާވެގެން ނުވާނެއެވެ. (އެ އެންމެން حاضر ވެ ނިމުނީމާ) އެ ދުވަހުން އެކަލާނގެ وحي ކުރައްވާ ހުއްޓެވެ. [މިއަދު، ވެރިކަން ވަނީ ކާކަށް ހެއްޔެވެ؟] (އެ ސުއާލަށް އެއްވެސް مخلوق އަކު ޖަވާބު ނުދޭނެއެވެ.) އަލުންވެސް، ﷲ وحي ކުރައްވާ ހުއްޓެވެ. [ވެރިކަން މިއަދު خاصّ ވެގެންވަނީ އެއްކައުވަންތަ، ގަދަފަދަވަންތަ ﷲ އަށެވެ. (އެހެން އެއްވެސް މީހަކަށް މިއަދު ވެރިކަމެއް ނެތެވެ.)
-
40:17
ٱلْيَوْمَ تُجْزَىٰ كُلُّ نَفْسٍۭ بِمَا كَسَبَتْ ۚ لَا ظُلْمَ ٱلْيَوْمَ ۚ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ
ʹAl-Yawma tujzaa kullu nafsim bimaa Kasabat laa z̤̣ulmal Yawm. ʹInnal laaha Sareeʻul Ḥisaab.
[މިއަދު ކޮންމެ نفس އަކަށްވެސް އެ نفس އެއް ދުނިޔޭގައި ކޮށްފައިވާ ކަންތަކަށް ޖަޒާދެވޭ ހުއްޓެވެ. އެއްވެސް އަނިޔާވެރިކަމެއް މިއަދަކު ނެތެވެ. ހަމަކަށަވަރުނން ﷲ އެއީ ހިސާބު ބެއްލެވުން އަވަސްވެވޮޑިގެންވާ ކަލާނގެއެވެ.
-
40:18
وَأَنذِرْهُمْ يَوْمَ ٱلْـَٔازِفَةِ إِذِ ٱلْقُلُوبُ لَدَى ٱلْحَنَاجِرِ كَـٰظِمِينَ ۚ مَا لِلظَّـٰلِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ
Wa-ʹañẓirhum Yawmal ʹAazifati ʹiẓil q̣uloobu ladal ḥanaajiri kaaz̤̣imeen; maa- liz̤̣z̤̣aalimeena min ḥameemiñw walaa shafeeʻiñy yuṭaaʻ.
(އޭ رسول الله އެވެ!) ގާތްވެގެން މި ވާ قيامة ދުވަހުގެ ހުރި ބިރުވެރިކަމުގެ خبر އެމީހުންނަށް ދެއްވައި، إنذار ކުރައްވާށެވެ! (އެދުވަހުން ބިރުވެރިކަމުންނާއި، ކަންބޮޑުވެގެން) ހިތްތައް ލަގޮނޑިވަޅާ ހަމައަށް ފޯރާނެއެވެ. އެއީ ހިތާމަޔާއި، މޮޅީން ފުރިގެންވާ حال ގައެވެ. އަނިޔާވެރީންނަށް، مشرك ންނަށް އެދުވަހުން އެމީހުން (عذاب ން دفاع ކޮށްދޭނޭ) އެއްވެސް ގާތް މީހަކު، رحمة ތެރިޔަކު ނުވާނެއެވެ. އަދި ކިޔަމަންތެރި ވެވޭނޭ شفاعة ތެރިޔަކުވެސް ނުވާނެއެވެ.
-
40:19
يَعْلَمُ خَآئِنَةَ ٱلْأَعْيُنِ وَمَا تُخْفِى ٱلصُّدُورُ
Yaʻlamu khaaaʹinatal ʹaʻyuni wa-maa tukhfiṣ ṣudoor.
(ދުނިޔޭގައި ތިބިއިރު ނަހަމަ ތަންތަނަށް ބެލުމުގައި) ލޯތައް خيانة ކުރި އެންމެހައި ކަމެއްވެސް، އަދި ހިތްތަކުގައި ހިންގަމުން ދިޔަ އެންމެހައި خيال ތަކެއްވެސް އެކަލާނގެ ދެނެވޮޑިގެންނެވިއެވެ.
-
40:20
وَٱللَّهُ يَقْضِى بِٱلْحَقِّ ۖ وَٱلَّذِينَ يَدْعُونَ مِن دُونِهِۦ لَا يَقْضُونَ بِشَىْءٍ ۗ إِنَّ ٱللَّهَ هُوَ ٱلسَّمِيعُ ٱلْبَصِيرُ
Wallaahu yaq̣ḍee bil-Ḥaq̣q̣: wallaẓeena yadʻoona miñ doonihee laa- yaq̣ḍoona bishayʹ ʹInnal laaha Huwas Sameeʻul Baṣeer.
(އެ ކަންކަމަށް (ﷲ ނިޔާކުރައްވާނީ ހަމަ حقّ އަށެވެ. އަދި އެކަލާނގެ ފިޔަވައި އެ ފަރާތްތަކަށް ގޮވައި، دعاء ކޮށްހެދި ތަކެތި އެއްވެސް ކަމެއްގެ ނިޔާއެއް ނުކުރާނެއެވެ. (އެހެނީ އެ ތަކެއްޗަކަށް އެއްވެސް އެއްޗެއް ނޭނގެއެވެ.) ހަމަކަށަވަރުން ﷲ އީ އައްސަވާވޮޑިގެންވާ، ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.
-
40:21
۞ أَوَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ كَانُوا۟ مِن قَبْلِهِمْ ۚ كَانُوا۟ هُمْ أَشَدَّ مِنْهُمْ قُوَّةً وَءَاثَارًا فِى ٱلْأَرْضِ فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ وَمَا كَانَ لَهُم مِّنَ ٱللَّهِ مِن وَاقٍ
ʹAwalam yaseeroo fil ʹarḍi fayañz̤̣uroo kayfa kaana ʻAaq̣ibatul laẓeena kaanoo miñ q̣ablihim? Kaanoo hum ʹashadda minhum q̣uwwatañw waʹaas̤aarañ fil ʹarḍi faʹakhaẓahumul laahu biẓunoobihim: wa-maa kaana lahum minal laahi miñw waaq̣.
އެމީހުން يعني مكّة ގެ أهل ވެރީން ފަހެ ބިމުގައި ދަތުރުފަތުރުކޮށް، އެމީހުންގެ ކުރީން އިސްވެދިޔަ އެބާވަތުގެ މީހުންގެ ނިމުން ހުރިގޮތް ބަލައި އެއިން عبرة حاصل ކޮށް ނަހަދާނޭ ބާވައެވެ؟ އިސްވެދިޔަ قوم ތަކުގެ މީހުން ވީ ބާރުގެ ގޮތުން މިމީހުންނަށްވުރެ މާ ގަދަފަދަ ކަމުގައެވެ. ބިމުގައި އެމީހުންގެ އަސަރުތައްވެސް މިމީހުންނަށްވުރެ މާ ގަދަވެފައި ހަރުދަނާއެވެ. (عاد ބާގައިގެ މީހުންނާއި، ثمود ބާގައިގެ މީހުންނާއި، އަދިކިތަންމެ ބައެއްގެ ގޮވަތިގެދޮރުގެވެސް އަސަރު އަދިއަދަށް ދާނދެން ފެންނަން އެ ހުރީ ވިއްޔާއެވެ. ހުނަރުވެރި ކަމާއި، ގަދަފަދަކަމުގައި މި މައްކާގެ މީހުންނަށްވުރެ އެމީހުން މާ މައްޗެވެ. (ނަމަވެސް އެމީހުން ނުކިޔަމަންތެރި ވުމުން) ދެންފަހެ ﷲ އެމީހުން ހިއްޕަވައި، ހަލާކު ކުރެއްވީއެވެ. އެއީ އެމީހުންގެ ފާފަތަކުގެ ސަބަބުންނެވެ. އަދި އެ މީސްމީހުންނަށް ﷲ ގެ عذاب އައި ހިނދުން އެއިން މީހަކު ސަލާމަތްކޮށްދީ ރައްކާތެރި ކޮށްދޭނޭ އެކަކުވެސް ނުވިއެވެ.
-
40:22
ذَٰلِكَ بِأَنَّهُمْ كَانَت تَّأْتِيهِمْ رُسُلُهُم بِٱلْبَيِّنَـٰتِ فَكَفَرُوا۟ فَأَخَذَهُمُ ٱللَّهُ ۚ إِنَّهُۥ قَوِىٌّ شَدِيدُ ٱلْعِقَابِ
Ẓaalika biʹannahum kaanat taʹteehim rusuluhum̃ bilbayyinaati fakafaroo faʹakhaẓahumul laah: ʹinnahoo Q̣awiyyuñ Shadeedul ʻiq̣aab.
އެމީހުންނަށް އެހެން ވާން ޖެހުނީ - އެ عذاب އެމީހުންނަށް އައީ ބަޔާންވެގެންވާ دليل ތަކާއިގެން އެމީހުންގެ ގާތަށް رسول ބޭކަލުން ވަޑައިގެންނެވުމުން އެމީހުން إيمان ނުވެ އެކަލޭގެފާނަށް كافر ވީ ކަމަށް ޓަކައެވެ. ދެންފަހެ ﷲ އެމީހުން ހިއްޕަވައި، ހަލާކު ކުރެއްވީއެވެ. ހަމަކަށަވަރުން ﷲ އީ ގަދަފަދަވަންތަ، އަދި عقوبة ދެއްވުންވެސް ނުހަނު ގަދަފަދަ ވެގެންވާ ކަލާނގެއެވެ. (މި ކަންކަމުން عبرة حاصل ކުރުން ހުއްޓެވެ.)
-
40:23
وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَـٰتِنَا وَسُلْطَـٰنٍ مُّبِينٍ
Wa-laq̣ad ʹarsalnaa Moosaa biʹAayaatinaa wa-Ṣultaanim mubeen,
އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އާޔަތްތަކާއި، އަދި ބަޔާންވެގެންވާ حجّة އާއި، دليل އާއެކު ތިމަން ރަސްކަލާނގެ موسى عَليه السلام رسول ކަމާއިގެން ފޮނުއްވީމެވެ. (އެއީ ތިމަން ރަސްކަލާނގެ އެއްކައުވަންތަ ކަމާއި، ކުޅަދުންވަންތަ ކަމާއި، އަދި އެކަލޭގެފާނުގެ رسول ކަން ތެދުކަމުގެ މައްޗަށް دليل ކުރާ ހެކިތަކާއި، دليل ތަކާއިގެނނެވެ. އޭގެ ތެރޭގައި އެކަލޭގެފާނުގެ عصا ކޮޅާއި، އަތްޕުޅު، އަދިވެސް އެތަކެއް معجزة އެވެ. އެކަލޭގެފާނަށް ނުވަ معجزة ވެއެވެ.)
-
40:24
إِلَىٰ فِرْعَوْنَ وَهَـٰمَـٰنَ وَقَـٰرُونَ فَقَالُوا۟ سَـٰحِرٌ كَذَّابٌ
ʹIlaa Firʻawna wa-Haamaana wa-Q̣aaroona faq̣aaloo saaḥiruñ kaẓẓaab!
އެކަލޭގެފާނު رسول ކަމާއިގެން ފޮނުއްވުނީ فرعون އާއި، އަދި އޭނާގެ وزير هامان އާއި، އަދި އެވަގުތު އެތާ ހުރި އެންމެ މުއްސަނދި މީހާ ކަމުގައި ހިމެނޭ قارون އާއި؛ މި މީސްމީހުންގެ ގާތަށެވެ. ފަހެ އެ މީހުންގެ ގާތަށް موسى عَليه السلام ވަޑައިގަތުމުން އެމީހުން ބުނީ އެއީ ދޮގުވެރި سحر ވެރިއެއް ކަމަށެވެ.
-
40:25
فَلَمَّا جَآءَهُم بِٱلْحَقِّ مِنْ عِندِنَا قَالُوا۟ ٱقْتُلُوٓا۟ أَبْنَآءَ ٱلَّذِينَ ءَامَنُوا۟ مَعَهُۥ وَٱسْتَحْيُوا۟ نِسَآءَهُمْ ۚ وَمَا كَيْدُ ٱلْكَـٰفِرِينَ إِلَّا فِى ضَلَـٰلٍ
Falammaa jaaʹahum̃ bil-Ḥaq̣q̣i min ʻiñdinaa q̣aaluq̣ tulooo ʹabnaaaʹal laẓeena ʹaamanoo maʻahoo wastaḥyoo nisaaaʹahum. Wa-maa kaydul kaafireena ʹillaa fee ḍalaal!...
ފަހެ އެމީހުންގެ ގާތަށް موسى عَلَيهِ السلام حقّ އާއިގެން ވަޑައިގެންނެވުމުން (معجزة ތަކާއިގެން ވަޑައިގަތުމުން) އެމީހުން ބުނީ موسى ގެ އަރިހުގައި އީމާންވެގެންވާ މީސްތަކުންގެ ފިރިހެން ދަރީން މެރުމަށެވެ. އަދި އަންހެން ދަރީން ނުމަރައި ދޫކުރުމަށެވެ. އަދި فرعون ގެ ރޭވުން ހަމަ ގެއްލި ހަލާކުވެގެންވާ އެއްޗެއް ކަމުގައި މެނުވީ ނުވެއެވެ.
-
40:26
وَقَالَ فِرْعَوْنُ ذَرُونِىٓ أَقْتُلْ مُوسَىٰ وَلْيَدْعُ رَبَّهُۥٓ ۖ إِنِّىٓ أَخَافُ أَن يُبَدِّلَ دِينَكُمْ أَوْ أَن يُظْهِرَ فِى ٱلْأَرْضِ ٱلْفَسَادَ
Wa-q̣aala Firʻawnu ẓarooneee ʹaq̣tul Moosaa walyadʻu Rabbah! ʹInneee ʹakhaafu ʹañy yubaddila deenakum ʹaw ʹañy yuz̤̣hira fil ʹarḍil fasaad!
އަދި فرعون ބުންޏެވެ. [موسى މެރުމަށް ޓަކައި ކަލޭމެން އަހުރެން ދޫކޮށްލާށެވެ! އޭނާ އެ ބުނާ އޭނާގެ ربّ އަށް އެކަން މަނާކުރުމަށް ގޮވައިފާނޭ ތާއެވެ! (އަހުރެންނަށް ހީވާ ގޮތުގައި އޭނާގެ ربّ އެއް ނުވެއެވެ. އެންމެންގެ ربّ އަކީ އަހުރެންނެވެ.) އަހުރެން ބިރުގަންނަނީ އޭނާ ކަލޭމެންގެ دين ބަދަލުކޮށްފާނޭތީ އެވެ. ނުވަތަ ބިންމަތީގައި ބޮޑު ފަސާދައެއް ކޮށްފާނޭތީއެވެ.
-
40:27
وَقَالَ مُوسَىٰٓ إِنِّى عُذْتُ بِرَبِّى وَرَبِّكُم مِّن كُلِّ مُتَكَبِّرٍ لَّا يُؤْمِنُ بِيَوْمِ ٱلْحِسَابِ
Wa-q̣aala Moosaaa ʹinnee ʻuẓtu bi-Rabbee wa-Rabbikum miñ kulli mutakabbiril laa yuʹminu bi-Yawmil Ḥisaab.
އަދި موسى عَلَيهِ السلام ވިދާޅުވިއެވެ. [ (އޭ މީސްތަކުންނޭވެ!) އަހުރެންނާއި، ކަލޭމެންގެ ربّ ގެ حضرة ން ރައްކާތެރިކަމާއި، ސަލާމަތްކަން އަހުރެން މި އެދެނީ ހިސާބު ބައްލަވާ ދުވަހަށް އީމާން ނުވާ (މި فرعون ކަހަލަ) ބޮޑާ كبر ވެރި ކޮންމެ މީހަކުގެ ކިބައިން ސަލާމަތް ވުމަށެވެ.
-
40:28
وَقَالَ رَجُلٌ مُّؤْمِنٌ مِّنْ ءَالِ فِرْعَوْنَ يَكْتُمُ إِيمَـٰنَهُۥٓ أَتَقْتُلُونَ رَجُلًا أَن يَقُولَ رَبِّىَ ٱللَّهُ وَقَدْ جَآءَكُم بِٱلْبَيِّنَـٰتِ مِن رَّبِّكُمْ ۖ وَإِن يَكُ كَـٰذِبًا فَعَلَيْهِ كَذِبُهُۥ ۖ وَإِن يَكُ صَادِقًا يُصِبْكُم بَعْضُ ٱلَّذِى يَعِدُكُمْ ۖ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ مُسْرِفٌ كَذَّابٌ
Wa-q̣aala rajulum Muʹminum min ʹAali Firʻawna yaktumu ʹeemaanahooo ʹataq̣tuloona rajulan ʹañy yaq̣oola Rabbiyal laahu wa-q̣ad jaaaʹakum bil-Bayyinaati mir Rabbikum? Wa-ʹiñy yaku kaaẓibañ faʻalayhi kaẓibuh; wa-ʹiñy yaku ṣaadiq̣añy yuṣibkum̃ baʻḍul laẓee yaʻidukum: ʹinnal laaha laa- yahdee man huwa musrifuñ kaẓẓaab!
(موسى عَلَيهِ السلام މަރާން فرعون ނިންމީމާ) فرعون ގެ ގާތްތިމާގެ މީހުންގެ ތެރެއިން އީމާންވެގެން، އީމާންކަން ވަންހަނާކޮށްގެން ހުރި މީހަކު ބުންޏެވެ. ['ތިމަންނާގެ ربّ އަކީ ﷲ އޭ' ބުނާތީ ކަލޭމެން އެހެން ބުނާ މީހަކު މަރާންވީ ހެއްޔެވެ؟ ހަމަކަށަވަރުން ކަލޭމެންގެ ربّ ގެ حضرة ން ކަލޭމެންގެ ގާތަށް އޭނާ އެ އައީ بيان ވެގެންވާ حجّة އާއި، دليل އާއިގެންނެވެ. އަދި އޭނާއީ ދޮގުވެރިއެއް ކަމަށް ވަންޏާ، އޭނާ އެ ބުނާ ދޮގުގެ عقوبة އެއް އޮންނާނީ ހަމަ އޭނާއަށެވެ. އަދި އޭނާއީ ތެދުވެރިއެއް ކަމުގައި ވަންޏާ ކަލޭމެންނަށް އަތުވެދާނޭ ކަމަށް އޭނާ އެ وعد ކުރާ ބައެއް عذاب ކަލޭމެންނަށް (ދުނިޔޭގައިވެސް) އަތުވެދާނެއެވެ. ހަމަކަށަވަރުން ކާފަރުކަމާއި، އަނިޔާވެރި ކަމުގައި ހައްދުފަހަނަޅާފައިވާ މީހަކަށް ﷲ ތެދުމަގު ނުދައްކަވާނެއެވެ. (ކަލޭމެން ތިޔަ ބުނަނީ އޭނާ އެއީ ދޮގުވެރި، އަދި އަނިޔާވެރިއެއް ކަމަށެވެ. އެހެންކަމަށް ވެއްޖެއްޔާ އޭނާއަކަށް އެއްވެސް ތެދުމަގެއް ނުލިބޭނެއެވެ.)
-
40:29
يَـٰقَوْمِ لَكُمُ ٱلْمُلْكُ ٱلْيَوْمَ ظَـٰهِرِينَ فِى ٱلْأَرْضِ فَمَن يَنصُرُنَا مِنۢ بَأْسِ ٱللَّهِ إِن جَآءَنَا ۚ قَالَ فِرْعَوْنُ مَآ أُرِيكُمْ إِلَّا مَآ أَرَىٰ وَمَآ أَهْدِيكُمْ إِلَّا سَبِيلَ ٱلرَّشَادِ
Yaa-Q̣awmi lakumul mulkul yawma z̤̣aahireena fil ʹarḍ: famañy yañṣurunaa mim baʹsil laahi ʹiñ jaaaʹanaa? Q̣aala Firʻawnu maaa ʹureekum ʹillaa maaa ʹaraa wa-maaa ʹahdeekum ʹillaa Sabeelar Rashaad!
[އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެންނަށް މިއަދު މި (مصر ގެ) ބިމުގައި ވެރިކަން ލިބި، ކަލޭމެން ގަދަވެގެން ވެއެވެ. އެކަމަކު އަހުރެމެންނަށް ﷲ ގެ عذاب އާއި، ކޯފާ އަތުވެއްޖެއްޔާ ދެން އަހުރެމެންނަށް نصر ދީ، ވާގިވެރި ވެދޭނީ ކާކު ހެއްޔެވެ؟ (އެކަކުވެސް ނުހުންނާނެއެވެ.) ] فرعون ބުންޏެވެ. [އަހުރެން ކަލޭމެންނަށް މި އިޝާރަތްކުރަނީ އަހުރެންނަށް ފެންނަ ހަމަ އެންމެ ރަނގަޅު ގޮތެވެ. (އެއީ موسى މެރުމެވެ.) އަދި ހަމަ އެންމެ ސީދާ ތެދުމަގު މެނުވީ އަހުރެން ކަލޭމެންނަށް ނުދައްކަމެވެ.
-
40:30
وَقَالَ ٱلَّذِىٓ ءَامَنَ يَـٰقَوْمِ إِنِّىٓ أَخَافُ عَلَيْكُم مِّثْلَ يَوْمِ ٱلْأَحْزَابِ
Wa-q̣aalal laẓeee ʹaamana yaa-Q̣awmi ʹinneee ʹakhaafu ʻalaykum mis̤la Yawmil ʹAḥzaab;
އަދި إيمان ވީ އެ މީހާ ބުންޏެވެ. [އޭ އަހުރެންގެ قوم ގެ މީހުންނޭވެ. (ރަސޫލު ބޭކަލުން ދޮގުކުރި އިސްވެދިޔަ) أمّة ތަކުގެ މީހުންނަށް އައިފަދަ عذاب އެއް ކަލޭމެންގެ މައްޗަށް އަތުވެދާނޭ ކަމަށް ހަމަކަށަވަރުން އަހުރެން ބިރުގަންނަމެވެ.
-
40:31
مِثْلَ دَأْبِ قَوْمِ نُوحٍ وَعَادٍ وَثَمُودَ وَٱلَّذِينَ مِنۢ بَعْدِهِمْ ۚ وَمَا ٱللَّهُ يُرِيدُ ظُلْمًا لِّلْعِبَادِ
Mis̤la daʹbi Q̣awmi Nooḥiñw WaʻAadiñw Wa-Samooda wallaẓeena mim baʻdihim: wa-mal laahu yureedu z̤̣ulmal lilʻIbaad.
އެއީ نوح قوم، عاد قوم، ثمود قوم އަދި އޭގެ ފަހުންވެސް އައި އެބާވަތުގެ މީހުންގެ މައްޗަށް އައިފަދަ عذاب އަތުވެދާނޭތީ އެވެ. އަދި އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގަންނަވާކަށް ﷲ އެދިވޮޑި ނުގަންނަވައެވެ. (އެހެންވެ އޭގެ ކުރީން رسول ން ފޮނުއްވައިގެން إنذار ކުރައްވަނީއެވެ.
-
40:32
وَيَـٰقَوْمِ إِنِّىٓ أَخَافُ عَلَيْكُمْ يَوْمَ ٱلتَّنَادِ
Wa-yaa-Q̣awmi ʹinneee ʹakhaafu ʻalaykum Yawmat Tanaad,―
[އޭ އަހުރެންގެ قوم އެވެ. އަހުރެން ތިޔަބައިމީހުންގެ މައްޗަށް ބިރުގަންނަނީ އެއް ބަޔަކު އަނެއް ބަޔަކަށް ގޮވާ، قيامة ދުވަހާމެދުގައެވެ. (ސުވަރުގެވަންތަ ވެރީންނަށް ނަރަކަވަންތަ ވެރީން އެދުވަހުން ގޮވާހުއްޓެވެ. ފެންފޮދެއް ދެއްވައިތޯ ގޮވާނެއެވެ.....)
-
40:33
يَوْمَ تُوَلُّونَ مُدْبِرِينَ مَا لَكُم مِّنَ ٱللَّهِ مِنْ عَاصِمٍ ۗ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ
Yawma tuwalloona mud-bireen: maa- lakum minal laahi min ʻaaṣim: wa-mañy yuḍlilil laahu famaa lahoo min haad.
އެދުވަހުން ތިޔަބައިމީހުން (محشر ގެ މައިދާނުން ނަރަކަޔާ ދިމާއަށް / ނުވަތަ ނަރަކައިން ސަލާމަތްވެ ފިލާން) ފުރަގަސްދީ ދުވާނެއެވެ. އެދުވަހުން ﷲ ގެ عذاب ން ކަލޭމެން ސަލާމަތްކުރާނޭ ހަމަ އެކަކުވެސް ނުހުންނާނެއެވެ. އަދި ﷲ މަގުފުރައްދަވައިފި އަޅަކަށް ތެދުމަގު ދައްކާނޭ ހަމަ އެކަކުވެސް ނުވާނެއެވެ.
-
40:34
وَلَقَدْ جَآءَكُمْ يُوسُفُ مِن قَبْلُ بِٱلْبَيِّنَـٰتِ فَمَا زِلْتُمْ فِى شَكٍّ مِّمَّا جَآءَكُم بِهِۦ ۖ حَتَّىٰٓ إِذَا هَلَكَ قُلْتُمْ لَن يَبْعَثَ ٱللَّهُ مِنۢ بَعْدِهِۦ رَسُولًا ۚ كَذَٰلِكَ يُضِلُّ ٱللَّهُ مَنْ هُوَ مُسْرِفٌ مُّرْتَابٌ
Wa-laq̣ad jaaaʹakum Yoosufu miñ q̣ablu bil-Bayyinaati famaa ziltum fee shakkim mimmaa jaaaʹakum̃ bih: ḥattaaa ʹiẓaa halaka q̣ultum lañy yab-ʻas̤al laahu mim baʻdihee rasoolaa. Kaẓaalika yuḍillul laahu man huwa musrifum murtaab,―
އަދި ހަމަކަށަވަރުން ބަޔާންވެގެންވާ دليل ތަކާއިގެން މީގެ ކުރީން ކަލޭމެންގެ ގާތަށް يوسف عَلَيهِ السلام ވެސް ވަޑައިގެންނެވިއެވެ. ފަހެ އެކަލޭގެފާނު (ﷲ ގެ حضرة ން) ގެންނެވި ތަކެއްޗާމެދު ޝައްކު ކުރުމުން ކަލޭމެން ފިލައިނުގޮސް ތިބީއެވެ. ކަލޭމެން ޝައްކު ކުރީއެވެ. ދެން އެކަލޭގެފާނު އަވަހާރަވުމުން ކަލޭމެން ބުނީ ﷲ ދެން رسول ބޭކަލަކު ނުފޮނުއްވާނެއެވެ. އުރެދުމުގައި ހައްދު ފަހަނަޅައިފި ކޮންމެ މީހަކު، އަދި تَوحيد އާމެދު ޝައްކުވެގެންވާ ކޮންމެ މީހަކު ﷲ މަގުފުރައްދަވަނީ އެފަދައިންނެވެ.
-
40:35
ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِ ٱللَّهِ بِغَيْرِ سُلْطَـٰنٍ أَتَىٰهُمْ ۖ كَبُرَ مَقْتًا عِندَ ٱللَّهِ وَعِندَ ٱلَّذِينَ ءَامَنُوا۟ ۚ كَذَٰلِكَ يَطْبَعُ ٱللَّهُ عَلَىٰ كُلِّ قَلْبِ مُتَكَبِّرٍ جَبَّارٍ
ʹAllaẓeena yujaadiloona feee ʹAayaatil laahi big̣ayri sulṭaanin ʹataahum. Kabura maq̣tan ʻiñdal laahi wa-ʻiñdal laẓeena ʹaamanoo. Kaẓaalika yaṭbaʻul laahu ʻalaa kulli q̣albi mutakabbiriñ jabbaar.
އެމީހުންނަކީ އެމީހުންނަށް އެއްވެސް دليل އެއް حجّة އެއް ނެތި ﷲ ގެ އާތަތްތަކާމެދު އިދިކޮޅަށް جدل ކުރާ މީހުންނެވެ. ﷲ ގެ حضرة ގައްޔާއި، އަދި مؤمن ންގެ ގާތުގައިވެސް އެކަމުގެ ކޯފާ ގަދަވެގެން ވެއެވެ. އަދި ކިބުރުވެރި جبّار، ގަދަފަދަ ކޮންމެ މީހެއްގެ ހިތުގައި ﷲ ސިއްކަ ޖައްސަވަނީ އެފަދައިންނެވެ.
-
40:36
وَقَالَ فِرْعَوْنُ يَـٰهَـٰمَـٰنُ ٱبْنِ لِى صَرْحًا لَّعَلِّىٓ أَبْلُغُ ٱلْأَسْبَـٰبَ
Wa-q̣aala Firʻawnu yaa-Haamaanub ni lee ṣarḥal laʻalleee ʹablug̣ul ʹasbaab―
އަދި فرعون އޭނާގެ وزير هامان އަށް ވިދާޅުވިއެވެ. އޭ ހާމާނު އެވެ. [އަހުރެންނަށް ގަނޑުވަރެއް ހަދައިދީބަލާށެވެ! އަހުރެން ސަބަބުތަކަށް ފޯރުމުގެ أمّيد ކުރެވެއެވެ.
-
40:37
أَسْبَـٰبَ ٱلسَّمَـٰوَٰتِ فَأَطَّلِعَ إِلَىٰٓ إِلَـٰهِ مُوسَىٰ وَإِنِّى لَأَظُنُّهُۥ كَـٰذِبًا ۚ وَكَذَٰلِكَ زُيِّنَ لِفِرْعَوْنَ سُوٓءُ عَمَلِهِۦ وَصُدَّ عَنِ ٱلسَّبِيلِ ۚ وَمَا كَيْدُ فِرْعَوْنَ إِلَّا فِى تَبَابٍ
ʹAsbaabas samaawaati faʹaṭṭaliʻa ʹilaaa ʹilaahi Moosaa wa-ʹinnee laʹaz̤̣unnuhoo kaaẓibaa! Wa-kaẓaalika zuyyina li-Firʻawna soooʹu ʻamalihee waṣudda ʻanis Sabeel: wa-maa kaydu Firʻawna ʹillaa fee tabaab.
އެއީ އުޑުތަކުގެ ސަބަބުތަކެވެ. އެތާނގެ ދޮރުތަކެވެ. ނުވަތަ އެތާނގެ މަގުތަކެވެ. (އެ ތަންތަނަށް އަހުރެންނަށް ފޯރުމުގެ أمّيد ގައެވެ.) ދެން އޭރުން އަހުރެން موسى ގެ إلٰه އުޅޭތޯ ބަލާނަމެވެ. އަހުރެންނަށް ހީވާގޮތުގައި އޭނާ އެ ހަދަނީ ދޮގެވެ. (އުޑަކު އިލާހެއް ނެތެވެ.) ]\nفرعون އަށް އޭނާގެ ނުބައި عمل (عمل ގެ ނުބައިކަން) ޒީނަތްތެރި ކުރެވުނީ އެފަދައިންނެވެ. އަދި ސީދާ ތެދުމަގު އޭނާއަށް ބަންދުވީ އެފަދައިންނެވެ. އަދި فرعون ގެ ރޭވުމާއި، އޮޅުވައިލުންތައް ވީ ގެއްލި ހަލާކުވެގެންވާ ތަކެތި ކަމުގައެވެ.
-
40:38
وَقَالَ ٱلَّذِىٓ ءَامَنَ يَـٰقَوْمِ ٱتَّبِعُونِ أَهْدِكُمْ سَبِيلَ ٱلرَّشَادِ
Wa-q̣aalal laẓeee ʹaamana yaa-Q̣awmit tabiʻooni ʹahdikum Sabeelar Rashaad.
އަދި إيمان ވީ އެ މީހާ ބުންޏެވެ. [އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން އަހުރެންނާ تبع ވާށެވެ! އޭރުން އަހުރެން ކަލޭމެންނަށް ސީދާ ތެދުމަގު ދައްކައިދޭހުށީމެވެ.
-
40:39
يَـٰقَوْمِ إِنَّمَا هَـٰذِهِ ٱلْحَيَوٰةُ ٱلدُّنْيَا مَتَـٰعٌ وَإِنَّ ٱلْـَٔاخِرَةَ هِىَ دَارُ ٱلْقَرَارِ
Yaa-Q̣awmi ʹinnamaa haaẓihil ḥayaatud dunyaa mataaʻ; wa-ʹinnal ʹAakhirata hiya Daarul Q̣araar.
[އޭ އަހުރެންގެ قوم ގެ މީހުންނޭވެ. މި ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ދާދި ކުޑަ މުއްދަތަކު ބޭނުންކޮށްލެވޭ ކުޑަ އެތިކޮޅެއް ކަމުގައެވެ. އަދި قرار ވެ، ހަމަޖެހިގެން ތިބެވޭނޭ ތަނަކީ آخرة ގެ ގޮވައްޗެވެ.
-
40:40
مَنْ عَمِلَ سَيِّئَةً فَلَا يُجْزَىٰٓ إِلَّا مِثْلَهَا ۖ وَمَنْ عَمِلَ صَـٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُو۟لَـٰٓئِكَ يَدْخُلُونَ ٱلْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ
Man ʻamila sayyiʹatañ falaa yujzaaa ʹillaa mis̤lahaa: wa-man ʻamila ṣaaliḥam miñ ẓakarin ʹaw ʹuñs̤aa wa-huwa Muʹminuñ faʹulaaaʹika yadkhuloonal Jannata yurzaq̣oona feehaa big̣ayri ḥisaab.
ނުބައި عمل އެއް ކޮށްފައިވާ މީހާއަށްވެސް (އެ ދުވަހުން) އެޔާ ބަރާބަރު جزاء އެއް މެނުވީ ނުލިބޭނެއެވެ. އަދި ފިރިހެނުންގެ ތެރެއިން ނަމަވެސް، އަދި އަންހެނުންގެ ތެރެއިން ނަމަވެސް އެމީހަކު އީމާންވެގެންވާ حال صالح عمل ކޮށްފިއްޔާ، އެފަދަ މީހުން ސުވަރުގެ ވަންނަހުއްޓެވެ. އަދި އެމީހުންނަށް އެތާނގައި ހިސާބެއް ނެތި ރިޒުގު ލިބޭ ހުއްޓެވެ. މިންވަރެއް ނެތްހައި ގިނަ نعمة ވެއެވެ.\n* ދަންނައެވެ. ފިރިހެނުންނާ އަންހެނުން صَالِحُ عَمَلُ ކުރުމުގައިވެސް ތަފާތެވެ. ފިރިހެނުންނަށް صَالِحُ عَمَلُ އަކަށްވާކަންތައް އަންހެނުންނަށް صَالِحُ عَمَلُ ނުވެހިގައިދާނެއެވެ. އަންހެނުންނަށް صَالِحُ عَمَلُ އަކަށްވާ ކަންތައް ފިރިހެނުންނަށް صَالِحُ عَمَلُ އަކަށް ނުވެ ހިނގައިދާނެއެވެ. ވީމާ ކޮންމެބަޔަކަށްވެސް صَالِحُ عَمَلُ އަކަށްވާނީ އެބަޔަކަށް ކަނޑައެޅިފައިވާ އަމުރެއް އެއެންގެވިފަދައިން އެބަޔަކު ކުރުމުންނެވެ. شَرِيْعَةُ ގައި ދެފަރާތަށް ހުރި އަމުރުތަފާތެވެ.
-
40:41
۞ وَيَـٰقَوْمِ مَا لِىٓ أَدْعُوكُمْ إِلَى ٱلنَّجَوٰةِ وَتَدْعُونَنِىٓ إِلَى ٱلنَّارِ
Wayaa-Q̣awmi maa- leee ʹadʻookum ʹilan Najaati wa-tadʻoonaneee ʹilan Naar!
[އަދި އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ނިކަން ބުނެބަލާށެވެ! ކަލޭމެން ސަލާމަތްވެ، ރައްކާތެރިވާނޭ މަގަށް އަހުރެން ކަލޭމެންނަށް މި ގޮވަނީ ކީއްވެގެން ހެއްޔެވެ؟ އަދި ކަލޭމެން އަހުރެންނަށް ތިޔަ ގޮވަނީ ނަރަކައަށެވެ. ނަރަކަވަންތަ ވެރީންގެ عمل ކުރުމަށެވެ. شرك ކޮށް، ﷲ އަށް އުރެދުމަށެވެ.
-
40:42
تَدْعُونَنِى لِأَكْفُرَ بِٱللَّهِ وَأُشْرِكَ بِهِۦ مَا لَيْسَ لِى بِهِۦ عِلْمٌ وَأَنَا۠ أَدْعُوكُمْ إِلَى ٱلْعَزِيزِ ٱلْغَفَّـٰرِ
Tadʻoonanee liʹakfura billaahi wa-ʹushrika bihee maa- laysa lee bihee ʻilm: wa-ʹana ʹadʻookum ʹilal ʻAzeezil G̣affaar.
ކަލޭމެން އަހުރެންނަށް ތިޔަ ގޮވަނީ ﷲ އަށް ކާފަރުވެ، އަދި އެއްގޮތަކަށްވެސް އެޔާމެދު އަހުރެންނަށް އެއްވެސް އެއްޗެއް ނޭނގޭ ފަރާތަކާއި، އެކަލާނގެއާ شريك ކުރުމަށެވެ. އަދި އަހުރެން ކަލޭމެންނަށް މި ގޮވަނީ عزّة ވަންތަ އަދި ގިނައިން ފާފަ ފުއްސަވާ ﷲ އަށް إيمان ވުމަށެވެ.
-
40:43
لَا جَرَمَ أَنَّمَا تَدْعُونَنِىٓ إِلَيْهِ لَيْسَ لَهُۥ دَعْوَةٌ فِى ٱلدُّنْيَا وَلَا فِى ٱلْـَٔاخِرَةِ وَأَنَّ مَرَدَّنَآ إِلَى ٱللَّهِ وَأَنَّ ٱلْمُسْرِفِينَ هُمْ أَصْحَـٰبُ ٱلنَّارِ
Laa- jarama ʹannamaa tadʻoonaneee ʹilayhi laysa lahoo daʻwatuñ fid dunyaa wa-laa fil ʹAakhirati wa-ʹanna maraddanaaa ʹilal laahi wa-ʹannal musrifeena hum ʹAṣḥaabun Naar!
[حقّ ތެދެކެވެ. އެ ފަރާތަކަށް އަޅުކަން ކުރުމަށް އަހުރެންނަށް ކަލޭމެން ތިޔަ ގޮވާ ފަރާތަށް އަޅުކަން ކުރުމަށް އެއްވެސް دعوة އެއް ނެތެވެ. އެފަރާތުން އެއްވެސް إجابة އެއް ނުދޭނެއެވެ. އަދި އެ ފަރާތަށް އަޅުކަން ކުރުން واجب ކަމަށް ދުނިޔޭގައިވެސް، އަދި آخرة ގައިވެސް އެއްވެސް دعوة އެއް ނެތެވެ. دليل އެއް ނެތެވެ. އަދި އަހުރެމެން رجوع ވުން ވަނީ ހަމަ ﷲ ގެ حضرة އަށެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅާ މީހުން ދަންނައެވެ. އެއީ ހަމަ ނަރަކައިގެ އެކުވެރީންނެވެ.
-
40:44
فَسَتَذْكُرُونَ مَآ أَقُولُ لَكُمْ ۚ وَأُفَوِّضُ أَمْرِىٓ إِلَى ٱللَّهِ ۚ إِنَّ ٱللَّهَ بَصِيرٌۢ بِٱلْعِبَادِ
Fasataẓkuroona maaa ʹaq̣oolu lakum. Wa-ʹufawwiḍu ʹamreee ʹilal laah: ʹinnal laaha Baṣeerum bilʻibaad.
އަދި (ﷲ ގެ عذاب އާއި، ކޯފާ އަންނަ ހިނދުން) ނިކަންހުރެ އަހުރެން ކަލޭމެންނަށް މި ބުނާ ތަކެތި ކަލޭމެން ހަނދާންކުރާނެއެވެ. އަދި އަހުރެންގެ ކަންތައް އަހުރެން ﷲ އާ حوال ކޮށް، وكيل ކޮށްފީމެވެ. ހަމަކަށަވަރުން އަޅުތަކުންނަށް ﷲ ބައްލަވާވޮޑިގެން ވެއެވެ.]
-
40:45
فَوَقَىٰهُ ٱللَّهُ سَيِّـَٔاتِ مَا مَكَرُوا۟ ۖ وَحَاقَ بِـَٔالِ فِرْعَوْنَ سُوٓءُ ٱلْعَذَابِ
Fawaq̣aahul laahu sayyiʹaati maa- makaroo waḥaaq̣a biʹAali Firʻawna soooʹul ʻAẓaab.
ދެންފަހެ އެމީހާއާމެދު އެކާފަރުން ރޭވި ރޭވުމުގެ ނުބައިކަމުން ﷲ އެމީހާ ސަލާމަތްކުރައްވައިފިއެވެ. އަދި فرعون ގެ آل ން - (އޭނާގެ جماعة) - ޢަޒާބުގެ ނުބައިކަން ލާވަށައިލައިފިއެވެ. (އެންމެން ކަނޑުގައި غرق ވެ ނިމުނީއެވެ.)
-
40:46
ٱلنَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا ۖ وَيَوْمَ تَقُومُ ٱلسَّاعَةُ أَدْخِلُوٓا۟ ءَالَ فِرْعَوْنَ أَشَدَّ ٱلْعَذَابِ
ʹAn-Naaru yuʻraḍoona ʻalayhaa g̣uduwwañw waʻashiyyaa: wa-Yawma taq̣oomus Saaʻah: ʹadkhilooo ʹAala Firʻawna ʹashaddal ʻaẓaab!
فرعون ގެ آل ން برزخ ގެ عالم ގައި - އެބަހީ މަރުވުމަށްފަހު قيامة قائم ވުމުގެ ކުރީ ކައްވަޅުގެ ދުވަސްތަކުގައި - ހެނދުނާއި، ހަވީރު އަލިފާނަށް ހުށައެޅޭނެއެވެ. އަދި قيامة ދުވަހުން (ނަރަކަ ބަލަހައްޓަވާ މަލާއިކަތް ބޭކަލުންނަށް އެންގެވޭނެއެވެ.) [ތިޔަ ބޭކަލުން فرعون ގެ އާލުން އެންމެ ގަދަ عذاب އަށް ވައްދާށެވެ.]\n• ދަންނައެވެ. ހެނދުނާއި، ހަވީރު އެމީހުން ނަރަކައަށް ހުށައެޅޭނޭ ވާހަކައާމެދު تفسير علم ވެރީން ދައްކަވާފައި ވާ ވާހަކަފުޅުތަކުގެ އެއް خلاصة އަކީ: އެމީހުންގެ ފުރާނަތައް ކަޅުކުލައިގެ ދޫނިތަކެއްގެ ކޭކުއްޔަށް ލެވެނީއެވެ. ދެން އެސޮރުމެން ހެނދުނާއި، ހަވީރު ނަރަކަޔަށް ގޮސްއައިސް ވަނީއެވެ. والله أعلم.
-
40:47
وَإِذْ يَتَحَآجُّونَ فِى ٱلنَّارِ فَيَقُولُ ٱلضُّعَفَـٰٓؤُا۟ لِلَّذِينَ ٱسْتَكْبَرُوٓا۟ إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنتُم مُّغْنُونَ عَنَّا نَصِيبًا مِّنَ ٱلنَّارِ
Wa-ʹiẓ yataḥaaajjoona fin Naari fayaq̣ooluḍ ḍuʻafaaaʹu lillaẓeenas takbarooo ʹinnaa kunnaa lakum tabaʻañ fahal ʹañtum mug̣noona ʻannaa naṣeebam minan Naar?
އަދި ނަރަކަވަންތަ ވެރީން ނަރަކައިގައި ތިބެގެން އެއްބަޔަކު އަނެއް ބަޔަކާ ޒުވާބުކޮށް، حجّة قائم ކުރާ ވަގުތު (ދުނިޔޭގެ حياة ގައި) ދެރަކޮށް އުޅުނު ދެރަމީހުން، ބޮޑެތި ކިބުރުވެރި، ބޮޑާ މީހުންނަށް ބުނާނެއެވެ. [ (ދުނިޔޭގައި) އަހުރެމެން ވީ ހަމަކަށަވަރުން ކަލޭމެންނާ تبع ވެގެންނެވެ. ފަހެ ކަލޭމެން އަހުރެމެންގެ ކިބައިން އަލިފާނުގެ ކުޑަ މިންވަރެއް ނަމަވެސް تحمّل ކޮށް دفاع ކޮށްދީފާނު ހެއްޔެވެ؟]
-
40:48
قَالَ ٱلَّذِينَ ٱسْتَكْبَرُوٓا۟ إِنَّا كُلٌّ فِيهَآ إِنَّ ٱللَّهَ قَدْ حَكَمَ بَيْنَ ٱلْعِبَادِ
Q̣aalal laẓeenas takbarooo ʹinnaa kulluñ feehaaa ʹinnal laaha q̣ad ḥakama baynal ʻibaad!
މަތިހަށި ނަގައިގެން އުޅުނު ބޮޑާ ކިބުރުވެރީން ބުނާނެއެވެ. ހަމަކަށަވަރުން އަހުރެމެން އެންމެން މިވަނީ އަލިފާނުގައެވެ. އަދި ހަމަކަށަވަރުން، އަޅުތަކުންގެ މެދުގައި الله މިވަނީ ނިޔާކުރައްވައި، ނިންމަވާފައެވެ.
-
40:49
وَقَالَ ٱلَّذِينَ فِى ٱلنَّارِ لِخَزَنَةِ جَهَنَّمَ ٱدْعُوا۟ رَبَّكُمْ يُخَفِّفْ عَنَّا يَوْمًا مِّنَ ٱلْعَذَابِ
Wa-q̣aalal laẓeena fin Naari likhazanati Jahannamad ʻoo Rabbakum yukhaffif ʻannaa yawmam minal ʻaẓaab!
އަދި ނަރަކައިގައި ތިބި މީހުން، ނަރަކަ ބެލެހެއްޓެވުމާ حوال ކުރައްވާފައިވާ ملائكة ބޭކަލުންނަށް ދަންނަވާނެއެވެ. [އެންމެ ދުވަހަކު ނަމަވެސް އަހުރެމެންގެ ކިބައިން عذاب ލުއިކޮށްދެއްވުމަށް ތިޔަ ބޭކަލުންގެ ربّ އަށް دعاء ކޮށްދެއްވާ ބައްލަވާށެވެ.]
-
40:50
قَالُوٓا۟ أَوَلَمْ تَكُ تَأْتِيكُمْ رُسُلُكُم بِٱلْبَيِّنَـٰتِ ۖ قَالُوا۟ بَلَىٰ ۚ قَالُوا۟ فَٱدْعُوا۟ ۗ وَمَا دُعَـٰٓؤُا۟ ٱلْكَـٰفِرِينَ إِلَّا فِى ضَلَـٰلٍ
Q̣aalooo ʹawalam taku taʹteekum rusulukum̃ bil-Bayyinaat? Q̣aaloo balaa. Q̣aaloo fadʻoo! Wa-maa duʻaaaʹul kaafireena ʹillaa fee ḍalaal!
އެބޭކަލުން ވިދާޅުވާނެއެވެ. [ (ދުނިޔޭގައި އުޅުނުއިރު) بيان ވެގެންވާ دليل ތަކާއިގެން ކަލޭމެންގެ رسول ބޭކަލުން ކަލޭމެންގެ ގާތަށް ވަޑައިގަންނަވާ ކަމުގައި ނުވޭ ހެއްޔެވެ؟ (މި خبر ތައް ދެއްވިނޫން ހެއްޔެވެ؟) ] އެމީހުން ދަންނަވާނެއެވެ. [އާއެކެވެ. ވަޑައިގެންނެވިއެވެ. (އެކަމަކު އަހުރެމެން އެއަށް ކާފަރުވީއެވެ.) ] އެބޭކަލުން ވިދާޅުވާނެއެވެ. [ކަލޭމެން ގޮވައި دعاء ކޮށް ހަދާށެވެ.] ކާފަރުން ކުރާ دعاء އެއީ ގެއްލިގެންވާ އެއްޗެއް ކަމުގައި މެނުވީ ނުވެއެވެ.
-
40:51
إِنَّا لَنَنصُرُ رُسُلَنَا وَٱلَّذِينَ ءَامَنُوا۟ فِى ٱلْحَيَوٰةِ ٱلدُّنْيَا وَيَوْمَ يَقُومُ ٱلْأَشْهَـٰدُ
ʹInnaa lanañṣuru rusulanaa wallaẓeena ʹaamanoo fil ḥayaatid dunyaa wa-Yawma yaq̣oomul ʹAshhaad,―
ދުނިޔޭގެ حياة ގައިވެސް، އަދި ހެކިދެއްވާ ބޭކަލުން (މަލާއިކަތް ބޭކަލުން) قائم ވެވަޑައިގަންނަވާ قيامة ދުވަހުންވެސް، ތިމަން ރަސްކަލާނގެ نصر ދެއްވަނީ ތިމަން ރަސްކަލާނގެ رسول ންނަށާއި، އަދި إيمان ވީ މީހުންނަށެވެ.
-
40:52
يَوْمَ لَا يَنفَعُ ٱلظَّـٰلِمِينَ مَعْذِرَتُهُمْ ۖ وَلَهُمُ ٱللَّعْنَةُ وَلَهُمْ سُوٓءُ ٱلدَّارِ
Yawma laa- yañfaʻuz̤̣z̤̣ aalimeena maʻẓiratuhum wa-lahumul Laʻnatu wa-lahum Soooʹud Daar.
އެދުވަހަކީ - (قيامة ދުވަހަކީ) - އަނިޔާވެރީންނަށް އެބަހީ مشرك ންނަށް، އެމީހުން ދައްކާ عذر ތަކާއި، ބަހަނާތަކުން منفع އެއް ނުކުރާނޭ ދުވަހެވެ. އެމީހުންނަށް ހުންނަހުށީ ހަމަ لعنة އެވެ. ﷲ ގެ رحمة އާ ދުރުވުމެވެ. އަދި އެމީހުންނަށް ހުންނާނީ ހަމަ ނުބައިކަމުގެ ގޮވައްޗެވެ. ނަރަކައެވެ.
-
40:53
وَلَقَدْ ءَاتَيْنَا مُوسَى ٱلْهُدَىٰ وَأَوْرَثْنَا بَنِىٓ إِسْرَٰٓءِيلَ ٱلْكِتَـٰبَ
Wa-laq̣ad ʹaataynaa Moosal Hudaa wa-ʹawras̤naa Baneee ʹIsraaaʹeelal Kitaab―
އަދި ހަމަކަށަވަރުން موسى عليه السلام އަށް ތިމަން ރަސްކަލާނގެ ތެދުމަގު ދެއްވީމެވެ. (އެއީ نبي ކަމާއި، توراة އެވެ.) އަދި بني إسرائيل ންނަށް ތިމަން ރަސްކަލާނގެ ފޮތް ވާރުތަކޮށްދެއްވީމެވެ. (موسى عليه السلام) އަވަހާރަވުމަށްފަހުވެސް بني إسرائيل ންގެ ތެރޭގައި توراة އަށް عمل ކުރެވެމުން ދިޔައެވެ.)
-
40:54
هُدًى وَذِكْرَىٰ لِأُو۟لِى ٱلْأَلْبَـٰبِ
Hudañw Wa-Ẓikraa liʹulil ʹalbaab.
އެއީ ތެދުމަގެއްގެ ގޮތުންނާއި، އަދި ބުއްދިވެރީންނަށް ذكرٰىއެއްގެ ގޮތުންނެވެ. وعظ އާއި، نصيحة އެއްގެ ގޮތުންނެވެ.
-
40:55
فَٱصْبِرْ إِنَّ وَعْدَ ٱللَّهِ حَقٌّ وَٱسْتَغْفِرْ لِذَنۢبِكَ وَسَبِّحْ بِحَمْدِ رَبِّكَ بِٱلْعَشِىِّ وَٱلْإِبْكَـٰرِ
Faṣbir ʹinna Waʻdal laahi ḥaq̣q̣uñw wastag̣fir liẓambika wa-sabbiḥ bi-Ḥamdi Rabbika bilʻashiyyi wal-ʹibkaar.
(އޭ رسول الله އެވެ!) ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ حقّ އެއްޗެކެވެ. (އެކަލާނގެ رسول ންނަށް نصر ދެއްވުމުގެ وعد ފުޅު އެއީ حقّ وعد ފުޅެކެވެ.) އަދި ثواب ގިނަކުރެއްވުމަށް ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ! އަދި ހެނދުނާއި، ހަވީރު ކަލޭގެފާނުގެ ربّ އަށް حمد ކުރުމާއެކު تسبيح ވިދާޅުވާށެވެ.
-
40:56
إِنَّ ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِ ٱللَّهِ بِغَيْرِ سُلْطَـٰنٍ أَتَىٰهُمْ ۙ إِن فِى صُدُورِهِمْ إِلَّا كِبْرٌ مَّا هُم بِبَـٰلِغِيهِ ۚ فَٱسْتَعِذْ بِٱللَّهِ ۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ
ʹInnal laẓeena yujaadiloona feee ʹAayaatil laahi big̣ayri sulṭaanin ʹataahum ʹiñ fee ṣudoorihim ʹillaa kibrum maa hum̃ bibaalig̣eeh: fastaʻiẓ billaah: ʹinnahoo Huwas Sameeʻul Baṣeer.
އަދި އެބައިމީހުންނަށް ﷲ ގެ حضرة ން އެއްވެސް دليل އެއް ނެތި ﷲ ގެ آية ތަކަށް جدل ކޮށް ދެކޮޅުހަދާ މީހުން ދަންނައެވެ. އެމީހުންގެ ހިތްތަކުގައި ބޮޑާކަމާއި، كبر ވެރިކަން މެނުވީ ނުވެއެވެ. (محمّد ގެފާނުންގެ މައްޗަށް އޮންނަ އެމީހުންގެ ބޮޑާކަމާއި، އެކަލޭގެފާނުގެ މައްޗަށް ގަދަވެގަތުމުގެ ގަދަ އެދުމެވެ.) އެއީ އެމީހުންނަށް ދުވަހަކުވެސް ވާނޭ ކަމެއް ނޫނެވެ. ފަހެ ކަލޭގެފާނު އެމީހުންގެ ނުބައިން ސަލާމަތްވެ، ރައްކާތެރި ވެވަޑައިގެންނެވުމަށް ﷲ ގެ حضرة ން ސަލާމަތްކަމާއި، ރައްކާތެރިކަން އެދިވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ، އަދި ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.
-
40:57
لَخَلْقُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ أَكْبَرُ مِنْ خَلْقِ ٱلنَّاسِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
Lakhalq̣us samaawaati wal-ʹarḍi ʹakbaru min khalq̣in naasi wa-laakinna ʹaks̤aran naasi laa- yaʻlamoon.
ހަމަކަށަވަރުން އުޑުތަކާއި، ބިން ހެއްދެވުން، މީސްތަކުން ހެއްދެވުމަށްވުރެ މާ ބޮޑެވެ. އެކަމަކު ގިނަ މީހުންނަކަށް އެކަމެއް ނޭނގެއެވެ.\n* ދަންނައެވެ. (އެކަމަށް إيمان ވެ ތެދުކުރާނަމަ މަރުވުމަށްފަހު އަލުން ދިރުއްވައި حساب ބައްލަވައި، جزاء ދެއްވުމަށް އިންކާރު ނުކުރީހެވެ. އެހެނީ އުޑުތައް އެހާ ގަދަފަދަކޮށް، އެއްވެސް ތަނބަކާ ނުލައި ހައްދަވައި، ތަރިތަކުން ޒީނަތްތެރިކުރައްވައި، އިރު-ހަނދާއި، ތަރިތައް دور ކުރާނޭ فلك ތައް ލައްވައި، ބިންގަނޑު މިހާ ފުރިހަމަކޮށް ހައްދަވައި ގަސްގަހާގެހީން ޒީނަތްތެރިކުރައްވައި ފަރުބަދަތަކުން ގަދަކުރައްވައި، خلق ތަކުން ކައިބޮއިހެދުމަށް ފެނާއި، ކާނާ ލައްވައި، މިފަދަ ފުރިހަމަ نظام އަކުން ހެއްދެވި ކަލަކަށް މީސްތަކުން ދެވަނަ ފަހަރަށް ދިރުއްވައި محشر ކުރެއްވުން ދަތި ނުވާނޭކަން ސަލާމަތް ބުއްދިހުރި އެއްވެސް ސިކުނޑިއަކަށް ނުއޮޅޭނެއެވެ. رَبَّنا لا تُزِغْ قُلُوبَنا بَعْدَ إذْ هَدَيْتَنا وَهَبْ لَنا مِن لَدُنْكَ رَحْمَةً إنَّكَ أَنْتَ الْوَهَّاب - آمين)
-
40:58
وَمَا يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَلَا ٱلْمُسِىٓءُ ۚ قَلِيلًا مَّا تَتَذَكَّرُونَ
Wa-maa yastawil ʹaʻmaa walbaṣeer: wallaẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati wa-lal museeeʹ. Q̣aleelam maa tataẓakkaroon!
އަދި ލޯއަނދިރި މީހަކާއި، ލޮލަށް ފެންނަ މީހަކާ އެއްވަރު ނުވާނެއެވެ. ހަމައެފަދައިން إيمان ވެގެން صالح عمل ކުރި މީހަކާއި، كافر ވެ އުރެދުނު މީހަކާވެސް އެއްވަރު ނުވާނެއެވެ. ކަލޭމެން نصيحة އާއި، وعظ އާއި، عبرة ލިބިގަންނަނީ ހާދަހާވެސް މަދުންނެވެ.
-
40:59
إِنَّ ٱلسَّاعَةَ لَـَٔاتِيَةٌ لَّا رَيْبَ فِيهَا وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يُؤْمِنُونَ
ʹInnas Saaʻata laʹaatiyatul laa rayba feehaa wa-laakinna ʹaks̤aran naasi laa- yuʹminoon.
قيامة ދުވަހަކީ ހަމަކަށަވަރުން ޝައްކެއް ނެތި އަންނާނޭ ދުވަހެކެވެ. އެހެންނަމަވެސް ގިނަ މީސްތަކުން އެކަން ތެދުކޮށް، އެކަމަށް إيمان ނުވެއެވެ.
-
40:60
وَقَالَ رَبُّكُمُ ٱدْعُونِىٓ أَسْتَجِبْ لَكُمْ ۚ إِنَّ ٱلَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِى سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
Wa-q̣aala Rabbukumud ʻooneee ʹastajib lakum. ʹInnal laẓeena yastakbiroona ʻan ʻibaadatee sayadkhuloona Jahannama daakhireen!
(އޭ މީސްތަކުންނޭވެ!) ކަލޭމެންގެ ربّ وحي ކުރައްވައެވެ. ކަލޭމެން ތިމަން ރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަން ރަސްކަލާނގެ ކަލޭމެންނަށް دعاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެއަށް دعاء ނުކޮށް، ބޮޑާވެގަންނަ މީހުން ދަންނައެވެ. ނިކަންހުރެ ނިކަމެތިވެގެންވާ حال އެމީހުން ނަރަކައަށް ވަންނަހުއްޓެވެ.
-
40:61
ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلَّيْلَ لِتَسْكُنُوا۟ فِيهِ وَٱلنَّهَارَ مُبْصِرًا ۚ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَشْكُرُونَ
ʹAllaahul laẓee jaʻala lakumul layla litaskunoo feehi wannahaara mubṣiraa. ʹInnal laaha la-Ẓoo Faḍlin ʻalan naasi wa-laakinna ʹaks̤aran naasi laa- yashkuroon.
އަދި ﷲ އެއީ ކަލޭމެންނަށް ޓަކައި އަރާމުކޮށް، ހަނުހިމޭންވާ ތަނެއް ކަމުގައި ރޭގަނޑު ލެއްވި ކަލާނގެއެވެ. އަދި އަލިވާ ވަގުތެއް ކަމުގައި ދުވާލުވެސް ލެއްވީ ހަމަ އެކަލާނގެއެވެ. ހަމަކަށަވަރުން ﷲ އީ މިސްތަކުންގެ މައްޗަށް ނުހަނު އޯގާވަންތަކަމާއި، فضل ވަންތަކަމުގެ ވެރި ކަލާނގެއެވެ. އެކަމަކު މީސްތަކުން ކުރެ ގިނަ މީހުން އެކަލާނގެއަށް شكر ނުކުރެއެވެ.
-
40:62
ذَٰلِكُمُ ٱللَّهُ رَبُّكُمْ خَـٰلِقُ كُلِّ شَىْءٍ لَّآ إِلَـٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ
Ẓaalikumul laahu Rabbukum khaaliq̣u kulli shayʹ. Laaa ʹilaaha ʹillaa Hoo: Faʹannaa tuʹfakoon!
އެކަލާނގެއީ ހުރިހާ ތަކެތި ހެއްދެވި، ކަލޭމެންގެ ربّ ކަމުގައިވާ ﷲ އެވެ. އެކަލާނގެ މެނުވީ حقّ إلٰهއަކު ނުވެއެވެ. ކަލޭމެން އެކަލާނގެ ދޮގުކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ (އެކަލާނގެއަށް އަޅުކަން ނުކޮށް، އެކަލާނގެ އެއްކައުވަންތަ ނުކޮށް ވާނީ ކޮންފަދައަކުން ހެއްޔެވެ؟)
-
40:63
كَذَٰلِكَ يُؤْفَكُ ٱلَّذِينَ كَانُوا۟ بِـَٔايَـٰتِ ٱللَّهِ يَجْحَدُونَ
Kaẓaalika yuʹfakul laẓeena kaanoo biʹAayaatil laahi yajḥadoon.
ﷲ ގެ އާޔަތްތަކަށް ދެކޮޅުހަދައި، إنكار ކުރާ މީހުން، ދޮގުހަދައި ދެކޮޅުހަދަނީ އެފަދައިންނެވެ. އެއްވެސް ދަލީލެއް ނެތިއެވެ.
-
40:64
ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ قَرَارًا وَٱلسَّمَآءَ بِنَآءً وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ وَرَزَقَكُم مِّنَ ٱلطَّيِّبَـٰتِ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ ۖ فَتَبَارَكَ ٱللَّهُ رَبُّ ٱلْعَـٰلَمِينَ
ʹAllaahul laẓee jaʻala lakumul ʹarḍa q̣araarañw wassamaaaʹa binaaaʹañw waṣawwarakum faʹaḥsana ṣuwarakum wa-razaq̣akum minaṭ ṭayyibaat;― ẓaalikumul laahu Rabbukum. Fatabaarakal laahu Rabbul ʻAalameen!
ﷲ އެއީ ކަލޭމެންނަށް ޓަކައި قرار ވެ، ހަމަޖެހިގެން ތިބެވޭ ތަނެއް ކަމުގައި ބިންގަނޑު ލެއްވި ކަލާނގެއެވެ. އަދި ބިނާއެއް ކަމުގައި - ހިޔާވާ ފުރާޅެއް ކަމުގައި - އުޑު ލެއްވި ކަލާނގެއެވެ. އަދި ކަލޭމެން صورة ކުރައްވައި، އެކަލާނގެ ކަލޭމެންގެ ސޫރަތައް ރީތިކުރެއްވިއެވެ. އަދި ރަނގަޅު حلال ކާނާ - ރިޒުގު - އެކަލާނގެ ކަލޭމެންނަށް ދެއްވިއެވެ. އެއީ ﷲ އެވެ. އަދި އެއީ ކަލޭމެންގެ ربّ އެވެ. ﷲ ބަރަކާތް ވަންތަވެ ވޮޑިގެން ވެއެވެ. އަޅުތަކުންގެ މައްޗަށް އެކަލާނގެ ހެޔޮތަކާއި، فضل ވަންތަކަން ގިނަވެގެން ވެއެވެ. އެކަލާނގެއީ عالم ތައް ހައްދަވައި، تربيّة ކުރައްވާ، އަދި އެތަކެތި ބަލަހައްޓަވާ ކަލާނގެއެވެ.
-
40:65
هُوَ ٱلْحَىُّ لَآ إِلَـٰهَ إِلَّا هُوَ فَٱدْعُوهُ مُخْلِصِينَ لَهُ ٱلدِّينَ ۗ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ
Huwal Ḥayyu Laaa ʹilaaha ʹillaa Huwa fadʻoohu mukhliṣeena lahud deen. ʹAl-Ḥamdu lillaahi Rabbil ʻAalameen!
އެކަލާނގެއީ ދިރިދެމިވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެ ފިޔަވައި حقّ އެއްވެސް އެހެން إلٰهއަކު ނުވެއެވެ. ފަހެ ކަލޭމެން إخلاص ތެރިވެގެންވާ حال އެކަލާނގެއަށް دعاء ކުރާށެވެ. އަޅުކަން ކުރާށެވެ.\nއެންމެހައި حمد އާއި، تعريف އާއި ثناء އެއް حقّ ވެގެންވަނީ ﷲ އަށެވެ. އެއީ عالم ތަކުގެ ވެރި ربّ އެވެ.
-
40:66
۞ قُلْ إِنِّى نُهِيتُ أَنْ أَعْبُدَ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ لَمَّا جَآءَنِىَ ٱلْبَيِّنَـٰتُ مِن رَّبِّى وَأُمِرْتُ أَنْ أُسْلِمَ لِرَبِّ ٱلْعَـٰلَمِينَ
Q̣ul ʹinnee nuheetu ʹan ʹaʻbudal laẓeena tadʻoona miñ doonil laahi lammaa jaaʹaniyal Bayyinaatu mir Rabbee, wa-ʹumirtu ʹan ʹuslima li-Rabbil ʻAalameen.
(އޭ رسول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. [ﷲ ފިޔަވައި އެ ތަކެއްޗަށް ކަލޭމެން ގޮވައި، دعاء ކުރާ ތަކެއްޗަށް އަޅުކަން ކުރުން އަހުރެންނަށް މަނާކުރެވިގެން ވެއެވެ. އެއީ އަހުރެންގެ ربّ ގެ حضرة ން بيان ވެގެން دليل އައުމަށް ފަހުގައެވެ. (އެކަލާނގެއީ حقّ معبود ކަމާއި، އެއްކައުވަންތަ إلٰه ކަމުގެ ފުރިހަމަ دليل ބަޔާންވެ، އެނގުމަށްފަހުގައެވެ.) އަދި އަހުރެންނަށް އަމުރުވެވިގެން ވަނީ عالم ތަކުގެ ވެރި ربّ އަށް ކިޔަމަންތެރިވެ، ބޯލެނބުމަށެވެ. (އެފަރާތަށް އެކަނި އަޅުކަން ކުރުމަށެވެ.) ]
-
40:67
هُوَ ٱلَّذِى خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ يُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوٓا۟ أَشُدَّكُمْ ثُمَّ لِتَكُونُوا۟ شُيُوخًا ۚ وَمِنكُم مَّن يُتَوَفَّىٰ مِن قَبْلُ ۖ وَلِتَبْلُغُوٓا۟ أَجَلًا مُّسَمًّى وَلَعَلَّكُمْ تَعْقِلُونَ
Huwal laẓee khalaq̣akum miñ turaabiñ s̤umma min nuṭfatiñ s̤umma min ʻalaq̣atiñ s̤umma yukhrijukum ṭiflañ s̤umma litablug̣ooo ʹashuddakum s̤umma litakoonoo shuyookhaa,― Wa-miñkum mañy yutawaffaa miñ q̣ablu wa-litablug̣ooo ʹajalam musammañw walaʻallakum taʻq̣iloon.
އެކަލާނގެއީ ކަލޭމެންގެ ބައްޕަ آدم ގެފާނު ވެލީންހެއްދެވި ކަލާނގެއެވެ. ދެން ކަލޭމެން މަނިފޮދުވަރަކުން، ދެން ގަނޑުލެއިކޮޅަކުން ހައްދަވައި، ދެން މައިންގެ ބަނޑުން ކުޑަކުޑަ ކުއްޖެއްގެ ސިފައިގައި ނެރުއްވާ ކަލާނގެއެވެ. ދެން ކަލޭމެންގެ ހަށިގަނޑު ގަދަވެއްޖައުމަށް ދާނދެންނެވެ. ދެން މުސްކުޅިވެއްޖައުމަށް ދާނދެން - އެއީ ސާޅީސް އަހަރުގެ މައްޗަށް - ކަލޭމެން ފޯރުކުރައްވައެވެ. އަދި ކަލޭމެންގެ ތެރޭގައި އޭގެ ކުރީން މަރުވާ މީހުން ވެއެވެ. އަދި އެއަށްވުރެމައްޗަށް عمر ގައި ކަނޑައެޅިފައިވާމީހުންވެއެވެ. މި ހުރިހާ ވަރުވަރަކަށް މީސްތަކުންގެ عمر ތައް ލައްވާފައި މިވަނީ މިކަންކަމާމެދު ވެސް ކަލޭމެން ވިސްނައި، ބުއްދިކޮށް އެއިން عبرة އެއް حاصل ކުރުމުގެ مقصد ގައެވެ.
-
40:68
هُوَ ٱلَّذِى يُحْىِۦ وَيُمِيتُ ۖ فَإِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ
Huwal laẓee yuḥyee wa-yumeet; faʹiẓaa q̣aḍaaa ʹamañ faʹinnamaa yaq̣oolu lahoo ʻʻKUÑʹʹ fayakoon.
އެކަލާނގެއީ ތަކެތި ދިރުއްވާ އަދި މަރުއްވާ ކަލާނގެއެވެ. އަދި އެކަލާނގެ ކަމެއް އިރާދަކުރައްވައި، ނިންމެވުމަށް މިންވަރުކުރައްވައިފިއްޔާ، އެކަމަކަށް [ވާށޭ] މިހެން وحي ކުރައްވައެވެ. އެހިނދުން އެކަމެއް ވެ ނިމުނީއެވެ. (ލަހެއް ފަހެއް ނުވެއެވެ. އެންގެވި ގޮތާ ތަފާތެއް ނުވެއެވެ.)
-
40:69
أَلَمْ تَرَ إِلَى ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِ ٱللَّهِ أَنَّىٰ يُصْرَفُونَ
ʹAlam tara ʹilal laẓeena yujaadiloona feee ʹAayaatil laah? ʹAnnaa yuṣrafoon?
(އެއްވެސް حجّة އެއް دليل އެއް ނެތި) ﷲ ގެ އާޔަތްތަކާމެދު އިދިކޮޅަށް ޖަދަލުކުރާ މީސްތަކުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެއީ مشرك ންނެވެ. އެފަދަ މީހުންނަށް ރަނގަޅަށް بيان ވެ އެނގުމަށްފަހުވެސް އެ އާޔަތްތަކަށް إيمان ނުވެ، އެމީހުން އެނބުރިގެން އެ ދަނީ ކޮންފަދައަކުން ހެއްޔެވެ؟
-
40:70
ٱلَّذِينَ كَذَّبُوا۟ بِٱلْكِتَـٰبِ وَبِمَآ أَرْسَلْنَا بِهِۦ رُسُلَنَا ۖ فَسَوْفَ يَعْلَمُونَ
ʹAllaẓeena kaẓẓaboo bil-Kitaabi wa-bimaaa ʹarsalnaa bihee rusulanaa fasawfa yaʻlamoon,
ކީރިތި قُرْآن - ނުވަތަ އެންމެހައި سماوى ފޮތްތައް - ދޮގުކޮށް، އަދި އެ އެއްޗަކާއިގެން ތިމަން ރަސްކަލާނގެ رسول ން ފޮނުވި ތަކެތި ދޮގުކުރާ މީސްތަކުން ދަންނައެވެ. އެމީހުންގެ އެ عمل ގެ ނުބައިކަން ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ. (އެއީ قيامة ދުވަހުންނެވެ.)
-
40:71
إِذِ ٱلْأَغْلَـٰلُ فِىٓ أَعْنَـٰقِهِمْ وَٱلسَّلَـٰسِلُ يُسْحَبُونَ
ʹIẓil ʹag̣laalu feee ʹaʻnaaq̣ihim wassalaasilu yusḥaboon.
އެމީހުންގެ ކަނދުރާތަކާއި، ކަރުތަކުގައި ކަސްތަޅުތަކާއި، ޗޭނުތައް އެޅެވި، ނަރަކައަށް ދަމާފައި ގެނެވޭހިނދުއެވެ.
-
40:72
فِى ٱلْحَمِيمِ ثُمَّ فِى ٱلنَّارِ يُسْجَرُونَ
Fil ḥameemi, s̤umma fin Naari yusjaroon.
ދެން، ހޫނުކަން ނިހާޔަތަށް ގޮސްފައިވާ [حميم] އެވެ. ކިޔާ ހޫނު ފެނުގައި ދެމެވޭ ދުވަހުންނެވެ. ދެން ނަރަކައިގެ ގަދަ އަލިފާނުގައި އެންދޭ ދުވަހުންނެވެ. (އެދުވަހުން އެމީހުންނަށް އެ ހަދާ ދޮގު ނުބައިކަން އެނގޭނެއެވެ.)\n(އަދި އެ ވަގުތު އެމީހުން ދެރަކޮށް، ނިކަމެތިކޮށްލުމުގެ ގޮތުން ملائكة ބޭކަލުން ވިދާޅުވާނެއެވެ.) [ކަލޭމެން ދުނިޔޭގައި شريك ކުރި ތަކެތި ކޮބައިހެއްޔެވެ؟
-
40:73
ثُمَّ قِيلَ لَهُمْ أَيْنَ مَا كُنتُمْ تُشْرِكُونَ
S̤umma q̣eela lahum ʹayna maa- kuñtum tushrikoon
،(74) [ﷲ ފިޔަވައި (އެ ތަކެއްޗަށް އަޅުކަންކުރި ބުދުތައް ފަހެ މިހާރު ކޮބައިހެއްޔެވެ؟) ] އެވަގުތު އެމީހުން ދަންނަވާނެއެވެ. [އެތަކެތި އަހުރެމެންގެ ކިބައިން ގެއްލިގެން ހިނގައްޖެއެވެ. އަހުރެމެންނަށް އެތަކެތި ނުފެނެއެވެ. އަދި ކިޔެއް ހެއްޔެވެ؟ މީގެ ކުރީގައި އަހުރެމެން އެއްވެސް އެއްޗަކަށް دعاء ކޮށް، އަޅުކަންކޮށް އުޅުނު ކަމުގައި ނުވެއެވެ.] (އެހިސާބަށް ދިޔައީމާ އެމީހުން އެ އަޅުކަން ކުރި ބުދުތަކަކީ އަދި ﷲ ފިޔަވައި އަޅުކަންކުރި އެންމެހައި ތަކެއްޗަކީ باطل އެއްޗެތިކަން އެގިދާނެއެވެ. އެކަމަކު ދެން ކުރާނީ ކިޔެއް ހެއްޔެވެ؟) ފަހެ ﷲ އަށްكافر ވެއްޖެ މީސްތަކުން އެކަލާނގެ މަގުފުރައްދަވަނީ އެފަދައިންނެވެ.
-
40:74
مِن دُونِ ٱللَّهِ ۖ قَالُوا۟ ضَلُّوا۟ عَنَّا بَل لَّمْ نَكُن نَّدْعُوا۟ مِن قَبْلُ شَيْـًٔا ۚ كَذَٰلِكَ يُضِلُّ ٱللَّهُ ٱلْكَـٰفِرِينَ
Miñ doonil laah? Q̣aaloo ḍalloo ʻannaa bal lam nakun nadʻoo miñ q̣ablu shayʹaa. Kaẓaalika yuḍillul laahul kaafireen.
،(74) [ﷲ ފިޔަވައި (އެ ތަކެއްޗަށް އަޅުކަންކުރި ބުދުތައް ފަހެ މިހާރު ކޮބައިހެއްޔެވެ؟) ] އެވަގުތު އެމީހުން ދަންނަވާނެއެވެ. [އެތަކެތި އަހުރެމެންގެ ކިބައިން ގެއްލިގެން ހިނގައްޖެއެވެ. އަހުރެމެންނަށް އެތަކެތި ނުފެނެއެވެ. އަދި ކިޔެއް ހެއްޔެވެ؟ މީގެ ކުރީގައި އަހުރެމެން އެއްވެސް އެއްޗަކަށް دعاء ކޮށް، އަޅުކަންކޮށް އުޅުނު ކަމުގައި ނުވެއެވެ.] (އެހިސާބަށް ދިޔައީމާ އެމީހުން އެ އަޅުކަން ކުރި ބުދުތަކަކީ އަދި ﷲ ފިޔަވައި އަޅުކަންކުރި އެންމެހައި ތަކެއްޗަކީ باطل އެއްޗެތިކަން އެގިދާނެއެވެ. އެކަމަކު ދެން ކުރާނީ ކިޔެއް ހެއްޔެވެ؟) ފަހެ ﷲ އަށްكافر ވެއްޖެ މީސްތަކުން އެކަލާނގެ މަގުފުރައްދަވަނީ އެފަދައިންނެވެ.
-
40:75
ذَٰلِكُم بِمَا كُنتُمْ تَفْرَحُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَبِمَا كُنتُمْ تَمْرَحُونَ
Ẓaalikum̃ bimaa kuñtum tafraḥoona fil ʹarḍi big̣ayril Ḥaq̣q̣i wa-bimaa kuñtum tamraḥoon.
(އެމީހުންނަށް އެންގެވޭނެއެވެ.) [ކަލޭމެންނަށް ތިޔަ عذاب حقّ ވީ ކަލޭމެން ދުނިޔޭގައި އުޅުނުއިރު (ﷲ އަށް) އުރެދި އެކަމުގައި އުފާކޮށް، އަދި ބިމުގައި ބޮޑާވެ، ކިބުރުވެރިވެ އުޅުމުގެ ސަބަބުންނެވެ.
-
40:76
ٱدْخُلُوٓا۟ أَبْوَٰبَ جَهَنَّمَ خَـٰلِدِينَ فِيهَا ۖ فَبِئْسَ مَثْوَى ٱلْمُتَكَبِّرِينَ
ʹUdkhulooo ʹabwaaba Jahannama khaalideena feehaa: fabiʹsa mas̤wal mutakabbireen!
(އެމީހުން ދެރަކޮށްލުމުގެ ގޮތުން - އަދި عذاب ން ސަލާމަތްވުމަށް ދޭނޭ فِدْية އެއް ނެތްކަން އެނގި މާޔޫސް ވުމުން - އެމީހުންނަށް އެންގޭނެއެވެ.) [ކަލޭމެން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ. އެތާ ދެމިތިބޭނޭ ބަޔަކުގެ ގޮތުގައެވެ. حقّ ބަސް قبول ނުކުރި، ބޮޑާ، ކިބުރުވެރީން ގޮސް ތިބޭ ތަނަކީވާ ނުބައި ތަނެކެވެ.
-
40:77
فَٱصْبِرْ إِنَّ وَعْدَ ٱللَّهِ حَقٌّ ۚ فَإِمَّا نُرِيَنَّكَ بَعْضَ ٱلَّذِى نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِلَيْنَا يُرْجَعُونَ
Faṣbir ʹinna Waʹdal laahi Ḥaq̣q̣; faʹimmaa nuriyannaka baʻḍal laẓee naʻiduhum ʹaw natawaffayannaka faʹilaynaa yurjaʹoon.
(އޭ رسول الله އެވެ!) ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ حقّ އެއްޗެކެވެ. (رسول ންނަށް އެކަލާނގެ نصر ދެއްވާނެއެވެ. ނުކިޔަމަންތެރީން ހަލާކު ކުރައްވާނެއެވެ.) އެހެންޏާ ތިމަން ރަސްކަލާނގެ އެ ކާފަރުންނަށް وعد ކުރައްވާފައިވާ ބައެއް ކަންތައް ދުނިޔޭގައި ކަލޭގެފާނަށް ދައްކަވާހުށީމެވެ. (އެއީ އެމީހުން قتل ވުމާއި، ހައްޔަރުވުމާއި، އެމީހުން ދެރަވުމާއި، މި ކަންކަމެވެ.) ނުވަތަ އެމީހުންނަށް عذاب އައުމުގެ ކުރީން ތިމަން ރަސްކަލާނގެ ކަލޭގެފާނު މަރުގަންނަވާހުށީމެވެ. ދެން قيامة ދުވަހުން އެމީހުން އެނބުރި رجوع ވުން ހުރީ ހަމަ ތިމަން ރަސްކަލާނގެ حضرة އަށެވެ. ދެން އޭރުން އެމީހުންނަށް عذاب ދެއްވާހުށީމެވެ.
-
40:78
وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُم مَّن لَّمْ نَقْصُصْ عَلَيْكَ ۗ وَمَا كَانَ لِرَسُولٍ أَن يَأْتِىَ بِـَٔايَةٍ إِلَّا بِإِذْنِ ٱللَّهِ ۚ فَإِذَا جَآءَ أَمْرُ ٱللَّهِ قُضِىَ بِٱلْحَقِّ وَخَسِرَ هُنَالِكَ ٱلْمُبْطِلُونَ
Wa-laq̣ad ʹarsalnaa rusulam miñ q̣ablika minhum mañ q̣aṣaṣnaa ʻalayka wa-minhum mal lam naq̣ṣuṣ ʻalayk. Wa-maa kaana lirasoolin ʹañy yaʹtiya biʹAayatin ʹillaa biʹiẓnil laah: faʹiẓaa jaaaʹa ʹamrul laahi q̣uḍiya bilḥaq̣q̣i wa-khasira hunaalikal mubṭiloon.
އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ކަލޭގެފާނުގެ ކުރީންވެސް رسول ބޭބޭކަލުން ފޮނުއްވީމެވެ. އޭގެތެރޭގައި އެބޭކަލުންގެ خبر ތިމަން ރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވި ބޭކަލުން ވެއެވެ. އަދި އޭގެތެރޭގައި އެބޭކަލުންގެ خبر ކަލޭގެފާނަށް ކިޔައިނުދެއްވާ ބޭކަލުން ވެއެވެ. އަދި އެއިން އެއްވެސް ބޭކަލަކަށް ﷲ ގެ إذن ފުޅަށް މެނުވީ އެއްވެސް معجزة އެއް ގެންނެވުމަކީ ވާނޭކަމެއް ނޫނެވެ. ދެންފަހެ އެބައެއްގެ މައްޗަށް عذاب އައުމުގެ وقت އައިސް ޖެހި، ﷲ ގެ أمر ފުޅު އައުމުން حقّ ގޮތުގައި ނިޔާކުރެވި ނިމިދެއެވެ. (حقّ އަށް نصر ލިބި، باطل ހަލާކުވެ ދެއެވެ.) އެހިނދުން، باطل ގެ أهل ވެރީން ގެއްލި ހަލާކުވެދެއެވެ. (އެހިސާބަށް ދާނދެން ކަލޭގެފާނުވެސް ކެތްތެރިވެވަޑައިގަންނަވާށެވެ! އިސްވެދިޔަ رسول ބޭކަލުންނާ إقتداء ވެވަޑައިގަންނަވާށެވެ!)
-
40:79
ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلْأَنْعَـٰمَ لِتَرْكَبُوا۟ مِنْهَا وَمِنْهَا تَأْكُلُونَ
ʹAllaahul laẓee jaʻala lakumul ʹanʻaama litarkaboo minhaa wa-minhaa taʹkuloon;
ﷲ އީ ކަލޭމެންނަށް ޓަކައި نعم ސޫފީގެ ވައްތަރުތައް ލެއްވި ކަލާނގެއެވެ. އެއީ އޭގެ ބައެއް ތަކެއްޗަށް ކަލޭމެން ސަވާރުވުމަށާއި، އަދި އޭގެ ބައެއް ތަކެތީން ކަލޭމެން ކެއުމަށް ޓަކައެވެ.
-
40:80
وَلَكُمْ فِيهَا مَنَـٰفِعُ وَلِتَبْلُغُوا۟ عَلَيْهَا حَاجَةً فِى صُدُورِكُمْ وَعَلَيْهَا وَعَلَى ٱلْفُلْكِ تُحْمَلُونَ
Wa-lakum feehaa manaafiʻu wa-litablug̣oo ʻalayhaa ḥaajatañ fee ṣudoorikum wa-ʻalayhaa wa-ʻalal fulki tuḥmaloon.
އެ ތަކެތީގައި ކަލޭމެންނަށް ޓަކައި ގިނަގުނަ منفع ތައް ވެއެވެ. އަދި އެ ތަކެތީގެ މަތީގައްޔާއި، އަދި މޫދުގައި ދުވާ އުޅަނދުތަކުގައި ކަލޭމެން އެދޭ ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލައި، ބޭނުންތައް ފުއްދައި ހަދަމުއެވެ. އަދި ކަލޭމެންވެސް އޭގެ ބައެއް نعم ސޫފީގެ މައްޗަށް ސަވާރުވެ، ދަތުރުކުރަމުއެވެ.
-
40:81
وَيُرِيكُمْ ءَايَـٰتِهِۦ فَأَىَّ ءَايَـٰتِ ٱللَّهِ تُنكِرُونَ
Wa-yureekum ʹAayaatihee faʹayya ʹAayaatil laahi tuñkiroon.
އަދި އެކަލާނގެ ތިޔަބައިމީހުންނަށް އެކަލާނގެ قدرة ތެރިކަމުގެ دليل ތައް އެކި ގޮތްގޮތުން ދައްކަވައެވެ. ފަހެ ﷲ تَعَالى ގެ دليل ތަކުގެ ތެރެއިން ކަލޭމެންނަށް އިންކާރުކޮށް، ދެކޮޅުހެދޭނީ ކޮން دليل އަކަށް ހެއްޔެވެ؟
-
40:82
أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۚ كَانُوٓا۟ أَكْثَرَ مِنْهُمْ وَأَشَدَّ قُوَّةً وَءَاثَارًا فِى ٱلْأَرْضِ فَمَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يَكْسِبُونَ
ʹAfalam yaseeroo fil ʹarḍi fayañz̤̣uroo kayfa kaana ʻAaq̣ibatul laẓeena miñ q̣ablihim? Kaanooo ʹaks̤ara minhum wa-ʹashadda q̣uwwatañw waʹaas̤aarañ fil ʹarḍi famaaa ʹag̣naa ʻanhum maa kaanoo yaksiboon.
އެމީހުން - يعني مكّة ގެ قريش ން - جزيرةالعرب ގެ ބިމުގެ އެތަންމިތާ ހިނގާބިނގާވެ، ދަތުރުފަތުރުކޮށް ނަހަދަނީ ބާވައެވެ؟! (އެތާނގެ އުތުރުން صالح ގެފާނުންގެ قوم، ثمود ބާގައިގެ މީހުންގެ އަސަރުތައް އެ ހުރީއެވެ. ދެކުނުގައި عاد ބާގައިގެ މީހުންގެ އަސަރުތައް ވެއެވެ. ހުޅަނގު ފަރާތުގައި شعيب ގެފާނުގެ قوم ގެ އަސަރުތަކެވެ. އަދި لوط قوم ގެ އަސަރެވެ.) އެމީހުން އެތަންތަން ބަލައި عبرة حاصل ނުކުރަނީ ބާވައެވެ؟! އިސްވެދިޔަ قوم ތަކުގެ ތެރެއިން رسول ބޭކަލުން ދޮގުކުރި قوم ތަކުގެ ފަހުކޮޅު އެމީހުންގެ ނިމުން ވީ ކޮން ފަދައަކުންކަން އެނގޭވަރު ވާނެއެވެ. އެ أمّة ތަކުގެ މީހުން عدد ގެ ގޮތުން މި މީހުންނަށްވުރެ މާ ގިނައެވެ. ބާރުގެ ގޮތުން މާ ވަރުގަދައެވެ. عمارة ކުރުމާއި، فنّانى ގޮތުން ބިމުގައި އެމީހުންގެ އަސަރު މާ ގަދައެވެ. ނަމަވެސް ﷲ ގެ ކޯފާ އައިހިނދުން - ނުކިޔަމަންތެރީންގެ މައްޗަށް عذاب އައިހިނދުން - އެމީހުން ކުރި ކަމަކުން، އަދި އެމީހުން ހޯދި އެއްޗަކުން އެމީހުންނަކަށް އެއްވެސް ފައިދާއެއް ނުކުރިއެވެ. ބަރުބާދުވެގެން ދިޔައީއެވެ.
-
40:83
فَلَمَّا جَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ فَرِحُوا۟ بِمَا عِندَهُم مِّنَ ٱلْعِلْمِ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ
Falammaa jaaaʹathum rusuluhum̃ bil-Bayyinaati fariḥoo bimaa ʻiñdahum minal ʻilmi wa-ḥaaq̣a bihim maa kaanoo bihee yastahziʹoon.
ފަހެ އެމީހުންގެ ގާތަށް بيان ވެގެންވާ دليل އާއި، معجزة އާއިގެން އެމީހުންގެ رسول ބޭކަލުން ވަޑައިގަތީމައި، އެމީހުން އުފާކުރީ އެމީހުންގެ އަތުގައިވާ އެމީހުން علم އެވެ ކިޔާ ތަކެއްޗަށެވެ. (އެއީ ދުނިޔޭގެ حياة ގެ ބޭރުފުށާބެހޭ ކުޑަ އެނގުންކޮޅެކެވެ. / ނުވަތަ ޝައްކާއި، وهم އާއި، خيال ތަކެކެވެ. އެއަށް جاهل ން ކިޔަނީ علم އެވެ. މިހާރަކަށް އައިސް މިއުޅޭ މީސްތަކުންވެސް إسلام دين އާ ނުބެހޭ ކުޑަ معلومات ކޮޅެއް ކުޑަކުދީންގެ ޅަފަތުގައި ދަސްކޮށްދީ، تعليم، تعليم ކިޔަމުން މިދާ ދިއުމާ އެއްވެސް ތަފާތެއް ވޭބާވައެވެ؟!) ދެންފަހެ އެކަމަށް އެމީހުން މަލާމާތްކުރި ކަންތައް - އެބަހީ ﷲ ގެ عذاب - އެމީހުން ވަށައިލީއެވެ.
-
40:84
فَلَمَّا رَأَوْا۟ بَأْسَنَا قَالُوٓا۟ ءَامَنَّا بِٱللَّهِ وَحْدَهُۥ وَكَفَرْنَا بِمَا كُنَّا بِهِۦ مُشْرِكِينَ
Falammaa raʹaw Baʹsanaa q̣aalooo ʹaamannaa billaahi Waḥdahoo wa-kafarnaa bimaa kunnaa bihee mushrikeen.
ފަހެ ތިމަން ރަސްކަލާނގެ عذاب ފެނުނުހިނދުން އެކާފަރުން ބުނެއެވެ. [އެއްކައުވަންތަ ﷲ އަށް އަހުރެމެން އީމާންވެއްޖައީމެވެ. އަދި މީގެ ކުރީން އަހުރެމެން އެ ތަކެއްޗަށް އަޅުކަންކޮށް ﷲ އާއި އެތަކެއްޗާ شريك ކުރި އެންމެހައި ތަކެއްޗަށް އަހުރެމެން ކާފަރުވެއްޖައީމެވެ. އެތަކެތި ދޫކޮށްލައިފީމެވެ.] މިބާވަތުގެ އީމާންކަމަކީ އެއީ صلاح الدّين ވިދާޅުވިގޮތަށް ([ވަޅިނެރޭތަން ދެކެފާ ހާކުޅައޭ أستغفار - މަޅިފަތީގާ ޖެހުމުން ކުކުޅު ޙަރާމްކުޅައެ ބާޒު]) މިކަހަލަ އީމާންކަމެކެވެ. މައްސަލަޖެހިތާށިވީމާ ދެންވާތައުބާގެ ފައިދާނުކުރާގޮތަށެވެ.
-
40:85
فَلَمْ يَكُ يَنفَعُهُمْ إِيمَـٰنُهُمْ لَمَّا رَأَوْا۟ بَأْسَنَا ۖ سُنَّتَ ٱللَّهِ ٱلَّتِى قَدْ خَلَتْ فِى عِبَادِهِۦ ۖ وَخَسِرَ هُنَالِكَ ٱلْكَـٰفِرُونَ
Falam yaku yañfaʻuhum ʹeemaanuhum lammaa raʹaw Baʹsanaa. Sunnatal laahil latee q̣ad khalat fee ʻibaadih. Wa-khasira hunaalikal kaafiroon!
ފަހެ ތިމަން ރަސްކަލާނގެ عذاب އެމީހުންނަށް ފެނުނުހިނދުން ދެން އެމީހުން އެ ވީ އީމާންކަމަކުން އެމީހުންނަކަށް އެއްވެސް منفع އެއް ނުކުރިއެވެ. ނުވެސް ކުރާނެއެވެ. އެއީ އިސްވެދިޔަ އެކަލާނގެ އަޅުތަކުންނާމެދު ވެސް އެކަލާނގެ ކަންތައް ގެންދަވާ ގޮތެވެ. އެކަލާނގެ سنّة އެވެ. ދެން އަދި عذاب އައިސް ޖެހުމުން ދެން އެހިނދުން އެންމެހައި ކާފަރުން ގެއްލި ހަލާކުވީއެވެ. والله أعلم.
Surah FussilatBegins here at 41:1
-
41:1
حمٓ
Ḥaa-Meeem:
حم މި އަކުރުތަކަކީ، އަދި މިފަދަ އެހެން އަކުރުތަކެކޭ އެއްފަދައިން އޭގެ ފުރިހަމަ مراد ހަމައެކަނި ﷲ ގެ ދެނެވޮޑިގަތުމުގެ ތެރޭގައިވާ އަކުރުތަކެކެވެ.
-
41:2
تَنزِيلٌ مِّنَ ٱلرَّحْمَـٰنِ ٱلرَّحِيمِ
Tañzeelum minar Raḥmaanir Raḥeem;―
މި قُرْآن އަކީ رحمن ވަންތަ رحيم ވަންތަ ﷲ ގެ حضرة ން ބާވައިލައްވާ ބާވައިލެއްވުމެކެވެ.
-
41:3
كِتَـٰبٌ فُصِّلَتْ ءَايَـٰتُهُۥ قُرْءَانًا عَرَبِيًّا لِّقَوْمٍ يَعْلَمُونَ
Kitaabuñ fuṣṣilat ʹAayaatuhoo Q̣ur-ʹaanan ʻarabiyyal liq̣awmiñy yaʻlamoon;
މިއީ އެ ފޮތުގެ آية ތައް تفصيل ވެގެންވާ އަދި حكم ތައް ބަޔާންވެގެންވާ ފޮތެކެވެ.\nއަދި މިއީ عرب ބަހުން ބާވައިލައްވާފައިވާ قرآن އެކެވެ. މިފޮތް އެގޮތަށް ބާވައިލައްވާފައި މިވަނީ ދަންނަ ބަޔަކަށެވެ. އެބަހީ މި ފޮތަކީ ﷲ ގެ حضرة ން ބާވައިލައްވާފައިވާ ފޮތެއްކަން ރަނގަޅަށް އެމީހުންނަށް އެނގޭނެއެވެ. އެމީހުން ދަންނާނެއެވެ.
-
41:4
بَشِيرًا وَنَذِيرًا فَأَعْرَضَ أَكْثَرُهُمْ فَهُمْ لَا يَسْمَعُونَ
Basheerañw Wa-Naẓeeraa: faʹaʻraḍa ʹaks̤aruhum fahum laa- yasmaʻoon.
އެފޮތް ބާވައިލައްވާފައި ވަނީ ﷲ އަށް ކިޔަމަންތެރިވީ މީސްތަކުންނަށް އުފާވެރިކަމުގެ ދެއްވާ حال ގައެވެ. (އެއީ قيامة ދުވަހުން އެމީހުންނަށް ﷲ ގެ ރުއްސެވުމާއި، ސުވަރުގެ ލިބޭނޭ ކަމުގެ އުފާވެރި خبر އެވެ.) އަދި އެ ފޮތް ބާވައިލައްވާފައި ވަނީ ﷲ އަށް ނުކިޔަމަންތެރިވީ މީހުންނަށް إنذار ކުރައްވާ حال ގައެވެ. (އެބަހީ قيامة ދުވަހުން އެމީހުންނަށް ﷲ ގެ ކޯފާއާއި، ނަރަކައިގެ عذاب ހުރިކަމުގެ ބިރުވެރި خبر އެވެ.)
-
41:5
وَقَالُوا۟ قُلُوبُنَا فِىٓ أَكِنَّةٍ مِّمَّا تَدْعُونَآ إِلَيْهِ وَفِىٓ ءَاذَانِنَا وَقْرٌ وَمِنۢ بَيْنِنَا وَبَيْنِكَ حِجَابٌ فَٱعْمَلْ إِنَّنَا عَـٰمِلُونَ
Wa-q̣aaloo q̣uloobunaa feee ʹakinnatim mimmaa tadʻoonaaa ʹilayhi wa-feee ʹaaẓaaninaae waq̣ruñw wamim bayninaa wa-baynika ḥijaabuñ faʻmal ʹinnanaa ʻaamiloon.
(އަދި އެ ކާފަރުން محمد ގެފާނަށް ދެންނެވިއެވެ.) އޭ محمد ގެފާނެވެ! އަހުރެމެންގެ ހިތްތައް މި ވަނީ ކަލޭގެފާނު ތިޔަ ވިދާޅުވާ އެއްޗެއް ނުވިސްނޭ ގޮތުން މަތިޖެހި ބަންދުވެފައެވެ. އަދި އަހުރެމެންގެ ކަންފަތްތަކުގައި މި ވަނީ (ތިޔަ އަޑު ނުއިވޭނޭ ގޮތުން) ބައްކަމެއް ޖެހިފައެވެ. އަދި އަހުރެމެންނާއި، ކަލޭގެފާނާ ދެމެދު މިވަނީ ފަރުދާއެކެވެ. ހުރަހެކެވެ. (އެއީ معنوى ހުރަހެކެވެ. ދެކޮޅުވެރި ކަމެކެވެ.) އެހެންވީމާ، ކަލޭގެފާނު دين ގައިވާ ގޮތަށް ކަލޭގެފާނު عمل ކުރައްވާށެވެ. އަހުރެމެންވެސް އަހުރެމެންގެ دين ގައިވާ ގޮތަށް عمل ކުރާނަމެވެ.
-
41:6
قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ فَٱسْتَقِيمُوٓا۟ إِلَيْهِ وَٱسْتَغْفِرُوهُ ۗ وَوَيْلٌ لِّلْمُشْرِكِينَ
Q̣ul ʹinnamaaa ʹana basharum mis̤lukum yooḥaaa ʹilayya ʹannamaaa ʹIlaahukum ʹIlaahuñw Waaḥiduñ fastaq̣eemooo ʹilayhi wastag̣firooh. Wa-waylul lil-Mushrikeen,―
އޭ رسول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަން ކަލޭގެފާނީ ތިޔަބައިމީހުން ކަހަލަ آدم ގެ ދަރިއެކެވެ. އެކަމަކު ތިމަން ކަލޭގެފާނަށް وحي އިއްވެވެއެވެ. - (ތިމަން ކަލޭގެފާނަށް ﷲ ގެ وحي ބާވައިލައްވައެވެ.) އަދި އެ وحي ގެ ތެރޭގައި ވެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ إله އަކީ ހަމަ އެންމެ إله އެކެވެ. އެހެންވެ ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަންކޮށް ސީދާ މަގުގައި ތިބޭށެވެ! އަދި ފާފަފުއްސެވުމަށް އެކަލާނގެ حضرة ގައި އެދޭށެވެ! އަދި ﷲ އަށް شريك ކުރާ މީސްތަކުންނަށް ހުރީ ويل އެވެ. އެއީ ނަރަކައިގެ ވަކި عذاب އެކެވެ. ނުވަތަ ނަރަކައިގެ ގަދަފަދަ عذاب އެވެ.
-
41:7
ٱلَّذِينَ لَا يُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ كَـٰفِرُونَ
ʹAllaẓeena laa- yuʹtoonaz Zakaata wa-hum̃ bil-ʹAakhirati hum kaafiroon.
އެ مشرك ންގެ މީހުން ޒަކާތް ނުނެރެއެވެ. އަދި ކަނޑައެޅިގެން އެމީހުން آخرة ދުވަހަށް ހަމަ يقين ންވެސް ކާފަރުވަނީއެވެ.
-
41:8
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ
ʹInnal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati lahum ʹajrun g̣ayru mamnoon.
ހަމަކަށަވަރުން إيمان ވެގެން صالح عمل ކުރި މީހުން (ދަންނައެވެ.) އެމީހުންނަށް آخرة ދުވަހުން ހުރީ ކެނޑިދިއުމެއް ނުވާ ދަރުމަޔާއި، ثواب އެވެ.
-
41:9
۞ قُلْ أَئِنَّكُمْ لَتَكْفُرُونَ بِٱلَّذِى خَلَقَ ٱلْأَرْضَ فِى يَوْمَيْنِ وَتَجْعَلُونَ لَهُۥٓ أَندَادًا ۚ ذَٰلِكَ رَبُّ ٱلْعَـٰلَمِينَ
Q̣ul ʹaʹinnakum latakfuroona billaẓee khalaq̣al ʹarḍa fee Yawmayni wa-tajʻaloona lahooo ʹañdaadaa? Ẓaalika Rabbul ʻAalameen.
(އޭ رسول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ދެދުވަހުގެ ތެރޭގައި ބިން ހެއްދެވި ކަލާނގެއަށް ތިޔަބައިމީހުން ކާފަރުވަނީ ހެއްޔެވެ؟ އަދި ތިޔަބައިމީހުން އެކަލާނގެއަށް شريك ންތަކެއް - ބައިވެރިންތަކެއް - ލައި ހަމަޖައްސަނީ ހެއްޔެވެ؟ އެކަލާނގެ އެއީ عالم ތައް ހައްދަވައި ބޮޑުކުރައްވާ، އަދި އެތަކެތި ބަލަހައްޓަވާ ކަލާނގެއެވެ. އެ ހުރިހައި ތަކެތީގެ ربّ އެވެ.
-
41:10
وَجَعَلَ فِيهَا رَوَٰسِىَ مِن فَوْقِهَا وَبَـٰرَكَ فِيهَا وَقَدَّرَ فِيهَآ أَقْوَٰتَهَا فِىٓ أَرْبَعَةِ أَيَّامٍ سَوَآءً لِّلسَّآئِلِينَ
Wa-jaʻala feehaa rawaasiya miñ fawq̣ihaa wa-baaraka feehaa wa-q̣addara feehaaa ʹaq̣waatahaa feee arbaʻati ʹAyyaam; sawaaaʹal lissaaaʹileen.
އަދި އުފުލިފައިވާ ވަރުގަދަ ފަރުބަދަތަކެއް އެކަލާނގެ އެ ބިމުގައި ހަރުކުރެއްވިއެވެ. އަދި އެ ބިމުގައި بركاة ލައްވައި ގިނަގުނަވެގެންވާ خيرات ތައް ލެއްވިއެވެ. އަދި އެ ބިމުގައި އަޅުތަކުންނަށް ޓަކައި މިންވަރުކުރައްވައި رزق ލައްވައި އުޅެވޭނޭ وسيلة ތައް ލެއްވިއެވެ. އެކަން އެގޮތަށް މިންވަރުކުރައްވައި ބަރާބަރު ކުރެއްވީ ކުރީގެ ދެދުވަހާއެކު މުޅިއެކު ހަތަރުދުވަހުގެ ތެރޭގައެވެ. ﷲ އެތަކެތި ހެއްދެވީ ކިތައް ދުވަހުގެ ތެރޭގައިތޯ މީހަކު ސުއާލުކޮށްފިނަމަ އޭގެ جواب އެއްގެ ގޮތުން އާޔަތުގެ ފަހު عبارة ވެއެވެ.
-
41:11
ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ وَهِىَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ٱئْتِيَا طَوْعًا أَوْ كَرْهًا قَالَتَآ أَتَيْنَا طَآئِعِينَ
S̤ummas tawaaa ʹilas samaaaʹi wa-hiya dukhaanuñ faq̣aala lahaa wa-lilʹarḍiʹ tiyaa ṭawʻan ʹaw karhaa. Q̣aalataaa ʹataynaa ṭaaʹiʻeen.
ދެން އެކަލާނގެ އިރާދަކުރެއްވީ އުޑަށެވެ. އޭރު އެ އުޑު އޮތީ ދުންގަނޑަކަށެވެ. ދެންފަހެ އެ އުޑަށާއި، އަދި ބިމަށް އެކަލާނގެ وحي ކުރެއްވިއެވެ. ތިޔަ ދެއެތި ރުހި ކިޔަމަންވެގެން ނުވަތަ ނުރުހި ނަމަވެސް ތިމަން ރަސްކަލާނގެ حضرة އަށް އަންނާށެވެ. އެ ދޭތި ދެންނެވިއެވެ. ކިޔަމަންތެރިވެގެންވާ حال އަޅަމެން މި އައީއެވެ.
-
41:12
فَقَضَىٰهُنَّ سَبْعَ سَمَـٰوَاتٍ فِى يَوْمَيْنِ وَأَوْحَىٰ فِى كُلِّ سَمَآءٍ أَمْرَهَا ۚ وَزَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَـٰبِيحَ وَحِفْظًا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
Faq̣aḍaahunna sabʻa samaawaatiñ fee Yawmayni wa-ʹawḥaa fee kulli samaaaʹin ʹamrahaa. Wa-zayyannassa maaaʹad dunyaa bimaṣaabeeḥa wa-ḥifz̤̣aa. Ẓaalika Taq̣deerul ʻAzeezil ʻAleem.
ފަހެ އެކަލާނގެ އެ އުޑުތައް ހަތް އުޑަކަށް ނިޔަކުރެއްވިއެވެ. އެއީ ދެދުވަހުގެ ތެރޭގައެވެ. އަދި ކޮންމެ އުޑަކަށް އެ އުޑަކަށް ކަނޑައެޅިފައިވާ ކަންތައްތައް އެންގެވީމެވެ. އަދި ދުނިޔެއާ އެންމެ ގާތް އުޑު ބައްތިތަކަކުން ޒީނަތްތެރި ކުރެއްވީމެވެ. އެބަހީ ތަރިތަކުން ޒީނަތްތެރި ކުރެއްވީމެވެ. އަދި އެ ތަރިތައް އެއީ ރައްކާތެރިކުރައްވާ ތަކެތި ކަމުގައި ލެއްވިއެވެ. (އެއީ އުޑުން ވައްކަންކުރަން ދާ ޖިންނި شيطان ންނާ ދިމާއަށް އުކުމަށެވެ.) އަދި އިސްވެދިޔަ އެންމެހައި ކަންކަމަކީ ގަދަ ކީރިތިވަންތަ، އަދި އެންމެހައި ކަމެއް ދެނެވޮޑިގެންވާ ކަލާނގެ މިންވަރުކުރައްވާ، ހަމަޖައްސަވާފައިވާ ކަންކަމެވެ.
-
41:13
فَإِنْ أَعْرَضُوا۟ فَقُلْ أَنذَرْتُكُمْ صَـٰعِقَةً مِّثْلَ صَـٰعِقَةِ عَادٍ وَثَمُودَ
Faʹin ʹaʻraḍoo faq̣ul ʹañẓartukum Ṣaaʻiq̣atam mis̤la Ṣaaʻiq̣ati ʻAadiñw Wa-S̤amood!
(އޭ رسول الله އެވެ!) ފަހެ އެމީހުން އެބަހީ مشرك ންގެ މީހުން ﷲ އަށް إيمان ނުވެ ﷲ ހެއްދެވި ތަކެއްޗަށް ވިސްނައި فكر ނުކޮށް އެނބުރި ފުރަގަސްދީފިއްޔާ ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ. عاد ބާގައިގެ މީހުންނަށާއި، ثَمُود ބާގައިގެ މީހުންގެ މައްޗަށް އައި ކަހަލަ صاعقة އެއް - އެބަހީ ކުއްލިއަކަށް މަރުވެ ތަންޑާ ވާފަދަ އެތިފަހަރެއް - ތިޔަބައިމީހުންގެ މައްޗަށް އަތުވެދާނޭ ކަމުގެ ބިރުވެރި إنذارތިމަންކަލޭގެފާނު ކުރައްވަމެވެ. އެކަމުގެ خبر ދެއްވަމެވެ.
-
41:14
إِذْ جَآءَتْهُمُ ٱلرُّسُلُ مِنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ ۖ قَالُوا۟ لَوْ شَآءَ رَبُّنَا لَأَنزَلَ مَلَـٰٓئِكَةً فَإِنَّا بِمَآ أُرْسِلْتُم بِهِۦ كَـٰفِرُونَ
ʹIẓ jaaaʹathumur rusulu mim bayni ʹaydeehim wa-min khalfihim ʹallaa taʻbudooo ʹillal laah. Q̣aaloo law shaaaʹa Rabbunaa laʹañzala malaaaʹikatañ faʹinnaa bimaaa ʹursiltum̃ bihee kaafiroon.
އެއީ އެބައިމީހުންގެ ގާތަށް އެމީހުންގެ ކުރީންނާއި، އެމީހުންގެ ފަހަތުން رسول ބޭކަލުން ވަޑައިގެންނެވި ހިނދުގައެވެ. (އެމީހުންގެ ކުރީ ބޭކަލުންގެ مراد އަކީ ކޮންމެ أمّة އެއްގެ ކުރީގައި ވަޑައިގެންނެވި ބޭކަލުންނެވެ. ފަހުގެ ބޭކަލުން ކަމުގައި ބެލެވޭ ބޭކަލުންނަކީ ކޮންމެ أمّة އަކަށާއި، ދެންވެސް އެއަށް ފަހު ވަޑައިގެންނެވި ބޭކަލުންނެވެ.) މި ހުރިހައި ބޭކަލުން ވެސް އެ ބޭކަލެއްގެ أمّة އަށް ގޮވާލައްވާފައި ވަނީ "ތިޔަބައިމީހުން ﷲ އަށް މެނުވީ އަޅުކަން ނުކުރާށެވެ." މިފަދައިންނެވެ. އޭގެ جواب ގައި އެ أمّة ގެ މީހުން ދަންނަވައެވެ. الله އެދިވޮޑިގެންނެވި ނަމަ رسول ބޭކަލަކު ކަމުގައި ملائكة ބޭކަލަކު ފޮނުއްވައިފީހެވެ. ފަހެ އަހުރެމެން މިވަނީ ތިޔަ ބޭކަލުން އެ އެއްޗަކާއިގެން ފޮނުއްވުނު ތަކެއްޗަށް ކާފަރުވެގެންނެވެ.' މިއެވެ.
-
41:15
فَأَمَّا عَادٌ فَٱسْتَكْبَرُوا۟ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَقَالُوا۟ مَنْ أَشَدُّ مِنَّا قُوَّةً ۖ أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّةً ۖ وَكَانُوا۟ بِـَٔايَـٰتِنَا يَجْحَدُونَ
Faʹammaa ʻAaduñ fastakbaroo fil ʹarḍi big̣ayril ḥaq̣q̣i wa-q̣aaloo man ʹashaddu minnaa q̣uwwah? ʹAwalam yaraw ʹannal laahal laẓee khalaq̣ahum Huwa ʹashaddu minhum q̣uwwah? Wa-kaanoo biʹAayaatinaa yajḥadoon!
ފަހެ عاد ބާގައިގެ މީހުން ދަންނައެވެ. (އެމީހުން އެއީ هود ގެފާނުންގެ قوم ގެ މީހުންނެވެ.) އެމީހުން އެއްވެސް حقّ އެއް ނެތި ބިންމަތީގައި ކިބުރުވެރިވެ ބޮޑާވެގަތީއެވެ. އަދި އެމިހުން ބުނީ އަހުރެމެންނަށް ވުރެން ބާރުގަދައީ ފަހެ ކޮންބައެއް ހެއްޔެވެ؟ ކާކު ހެއްޔެވެ؟ (އެބަހީ އަހުރެމެންނަށް ވުރެ ބާރުގަދަ އެކަކުވެސް ނުހުންނާނެއެވެ. އޭގެ جواب ގައި ﷲ އަންގަވަނީ) އެމީހުން ހެއްދެވީ ހަމަކަށަވަރުން ﷲ އެވެ. އެމީހުންނަށްވުރެ އެކަލާނގެ ބާރުގެ ގޮތުން މާ ގަދަފަދަވަންތަވެ ވޮޑިގެން ވެއެވެ. އަދި އެމީހުން ވީ ތިމަން ރަސްކަލާނގެ އާޔަތްތަކަށް ދެކޮޅުހަދާ، އަދި އިންކާރުކުރާ ބަޔަކު ކަމުގައެވެ.
-
41:16
فَأَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِىٓ أَيَّامٍ نَّحِسَاتٍ لِّنُذِيقَهُمْ عَذَابَ ٱلْخِزْىِ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَعَذَابُ ٱلْـَٔاخِرَةِ أَخْزَىٰ ۖ وَهُمْ لَا يُنصَرُونَ
Faʹarsalnaa ʻalayhim Reeḥañ ṣarṣarañ feee ʹAyyaamin naḥisaatil linuẓeeq̣ahum ʻaẓaabal khizyi fil ḥayaatid dunyaa; wa-laʻAẓaabul ʹAakhirati ʹakhzaa Wahum laa- yuñṣaroon.
ދެންފަހެ ތިމަން ރަސްކަލާނގެ (އެމީހުން ހަލާކުކުރެއްވުމަށް) އެމީހުންގެ މައްޗަށް ވަރަށް ފިނިގަދަ، އަޑުފަށްހުރި ވަޔެއް ފޮނުއްވީމެވެ. އެއީ އެމީހުންނަށް ސުންޕާ ދުވަސްތަކެކެވެ. (އެއީ ހަތް ރެޔާއި، އަށް ދުވަހެވެ.) އެގޮތަށް އެކަން ހިންގެވީ އެމީހުންނަށް މި ދުނިޔޭގެ حياة ގައިވެސް ދެރަކަމާއި، ނިކަމެތިކަމުގެ عذاب ގެ ރަހަ ދެއްކެވުމަށެވެ. އަދި آخرة ގެ عذاب އެއަށްވުރެ މާ ދެރަވެފައި ނިކަމެތިކަން ބޮޑެވެ. އެމީހުންނަށް އެއްވެސް نصر އެއް އެދުވަހުން ނުލިބޭ ހުއްޓެވެ.
-
41:17
وَأَمَّا ثَمُودُ فَهَدَيْنَـٰهُمْ فَٱسْتَحَبُّوا۟ ٱلْعَمَىٰ عَلَى ٱلْهُدَىٰ فَأَخَذَتْهُمْ صَـٰعِقَةُ ٱلْعَذَابِ ٱلْهُونِ بِمَا كَانُوا۟ يَكْسِبُونَ
Wa-ʹammaa S̤amoodu fahadaynaahum fastaḥabbul ʻamaa ʻalal Hudaa faʹakhaẓathum Ṣaaʻiq̣atul ʻaẓaabil hooni bimaa kaanoo yaksiboon.
އަދި ثمود ބާގައިގެ މީހުން ދަންނައެވެ. (އެއީ صالح ގެފާނުންގެ قوم ގެ މީހުންނެވެ.) ފަހެ ތިމަން ރަސްކަލާނގެ އެމީހުންނަށް ތެދުމަގު ބަޔާންކޮށްދެއްވީމެވެ. ފަހެ އެމީހުން إيمان ކަމާއި، ތެދުމަގުގެ މައްޗަށް ކާފަރުކަމުގެ އަނދިރިކަމާއި، ކަނުކަން إختيار ކުރީއެވެ. އެކަމަށް ލޯބި ކުރީއެވެ. ދެންފަހެ ނިކަމެތިކަމާއި، ދެރަކަމުގެ عذاب ގެ އަޑުފަށްގަނޑު އެމީހުންނަށް އައިސް ޖެހުނެވެ. އެ އަޑުފަށުން އެމީހުން ހަލާކުވެގެން ދިޔައީއެވެ. އެއީ އެމީހުން ކުރަމުންދިޔަ ކަންތަކުގެ ސަބަބުންނެވެ.
-
41:18
وَنَجَّيْنَا ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ
Wa-najjaynal laẓeena ʹaamanoo wa-kaanoo yattaq̣oon.
އަދި (شرك އާއި، އުރެދުމުން ރައްކާތެރިވެގެން ތިބި) تقوى ވެރި مؤمن ން ތިމަން ރަސްކަލާނގެ ރައްކާތެރިކުރައްވައި ސަލާމަތްކުރެއްވީމެވެ.
-
41:19
وَيَوْمَ يُحْشَرُ أَعْدَآءُ ٱللَّهِ إِلَى ٱلنَّارِ فَهُمْ يُوزَعُونَ
Wa-Yawma yuḥsharu ʹaʻdaaaʹul laahi ʹilan Naari fahum yoozaʻoon.
އަދި ﷲ ގެ عداوة ތެރީން محشر ކުރެވޭ قيامة ދުވަސް - ނަރަކައަށް جمع ކުރެވޭ ދުވަސް - ހަނދުމަފުޅު ކުރައްވާށެވެ. އެދުވަހުން އެމީހުން ތިބޭނީ އެންމެ ފުރަތަމަ މީހާއިން ފެށިގެން އެންމެ ފަހުގެ މީހާއަށް ދާނދެން ބަނދެވިގެންނެވެ. މަލާއިކަތް ބޭކަލުންގެ ބެލުމުގެ ދަށުގައި جمع ވެގެންނެވެ.
-
41:20
حَتَّىٰٓ إِذَا مَا جَآءُوهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَـٰرُهُمْ وَجُلُودُهُم بِمَا كَانُوا۟ يَعْمَلُونَ
Ḥattaaa ʹiẓaa maa- jaaaʹoohaa shahida ʻalayhim samʻuhum wa-ʹabṣaaruhum wa-julooduhum̃ bimaa kaanoo yaʻmaloon.
އެބައިމީހުން އެ ނަރަކަޔާ ހަމައަށް ގެނެވުނީމާ އެމީހުންގެ ކަންފަތްތަކާއި (އިވުންތަކާއި)، ފެނުންތަކާއި (ލޯތަކާއި)، އަދި އެމީހުންގެ ހަންތައް އެމީހުންގެ މައްޗަށް އެމީހުންނާ އިދިކޮޅަށް ހެކިދޭނެއެވެ. އެއީ އެމީހުން ދުނިޔޭގައި ތިބެގެން ކުރަމުން ގެންދިޔަ ނުބައި ކަންކަމާމެދުގައެވެ.
-
41:21
وَقَالُوا۟ لِجُلُودِهِمْ لِمَ شَهِدتُّمْ عَلَيْنَا ۖ قَالُوٓا۟ أَنطَقَنَا ٱللَّهُ ٱلَّذِىٓ أَنطَقَ كُلَّ شَىْءٍ وَهُوَ خَلَقَكُمْ أَوَّلَ مَرَّةٍ وَإِلَيْهِ تُرْجَعُونَ
Wa-q̣aaloo lijuloodihim lima shahittum ʻalaynaa? Q̣aalooo ʹañṭaq̣anal laahul laẓeee ʹañṭaq̣a kulla shayʹiñw wa-Huwa khalaq̣akum ʹawwala marratiñw waʹilayhi turjaʻoon.
އަދި އެމީހުން އެމީހުންގެ ގުނަވަންތަކާ ދިމާއަށް ބުނާނެއެވެ. އަހުރެމެންނާ އިދިކޮޅަށް ތިޔަބައިމީހުން ހެކިދެނީ ކީއްވެގެން ހެއްޔެވެ؟ އެހިނދު އެތަކެތި ޖަވާބުދޭނެއެވެ. ބުނާނެއެވެ. ހުރިހާ އެއްޗަކަށްވެސް ވާހަކަދައްކައި، ބަސްބުނުމުގެ ބާރު ދެއްވި ﷲ އަހުރެމެންނަށްވެސް ވާހަކަދެއްކުމުގެ ބާރު ދެއްވީއެވެ. (ތިޔަބައިމީހުން އެ ނުބައި ކަންތައްތައް ކުރިއިރު އަހުރެމެން حاضر ވެގެން ވީމުއެވެ.) އަދި އެކަލާނގެއީ ތިޔަބައިމީހުން އެންމެ ފުރަތަމަވެސް ހެއްދެވި ކަލާނގެއެވެ. އަދި ތިޔަބައިމީހުން رجوع ވުން ވަނީވެސް ހަމަ އެކަލާނގެ حضرة އަށެވެ.
-
41:22
وَمَا كُنتُمْ تَسْتَتِرُونَ أَن يَشْهَدَ عَلَيْكُمْ سَمْعُكُمْ وَلَآ أَبْصَـٰرُكُمْ وَلَا جُلُودُكُمْ وَلَـٰكِن ظَنَنتُمْ أَنَّ ٱللَّهَ لَا يَعْلَمُ كَثِيرًا مِّمَّا تَعْمَلُونَ
Wa-maa kuñtum tastatiroona ʹañy yashhada ʻalaykum samʻukum wa-laaa ʹabṣaarukum wa-laa juloodukum wa-laakiñ z̤̣anañtum ʹannal laaha laa- yaʻlamu kas̤eeram mimmaa taʻmaloon!
އަދި ތިޔަބައިމީހުންގެ އިވުންތަކާއި، އެބަހީ ކަންފަތްތަކާއި، އަދި ތިޔަބައިމީހުންގެ ފެނުންތަކާއި، يعني ލޯތަކާއި، އަދި ތިޔަބައިމީހުންގެ ހަންތައް، އެބަހީ އެންމެހައި ގުނަވަންތައް ތިޔަބައިމީހުންގެ މައްޗަށް ހެކިނުދޭނޭ ގޮތުން ތިޔަބައިމީހުން އެ ނުބައިކަންތައް ކުރަމުން ދިޔައިރު ވަންހަނާކޮށް، ނިވައިކުރި ކަމުގައި ނުވެއެވެ. އަދި ކިޔެއް ހެއްޔެވެ؟ ތިޔަބައިމީހުން ހީކުރީ ތިޔަބައިމީހުން ކުރަމުންދާ ގިނަ ކަންތައްތައް ﷲ ދެނެވޮޑިނުގަންނަވާނޭ ކަމަށެވެ.
-
41:23
وَذَٰلِكُمْ ظَنُّكُمُ ٱلَّذِى ظَنَنتُم بِرَبِّكُمْ أَرْدَىٰكُمْ فَأَصْبَحْتُم مِّنَ ٱلْخَـٰسِرِينَ
Wa-ẓaalikum z̤̣annukumul laẓee z̤̣anañtum̃ bi-Rabbikum ʹardaakum faʹaṣbaḥtum minal khaasireen.
ފަހެ ތިޔަބައިމީހުން ގެއްލި ހަލާކުވެގެންވާ މީސްތަކުން ކަމުގައި ތިޔަވީ ތިޔަބައިމީހުންގެ ربّ އާމެދު ތިޔަބައިމީހުން ތިޔަ ކުރި (ނުބައި) ހީއެވެ.
-
41:24
فَإِن يَصْبِرُوا۟ فَٱلنَّارُ مَثْوًى لَّهُمْ ۖ وَإِن يَسْتَعْتِبُوا۟ فَمَا هُم مِّنَ ٱلْمُعْتَبِينَ
Faʹiñy yaṣbiroo fan-naaru mas̤wal lahum! Wa-ʹiñy yastaʻtiboo famaa hum minal muʻtabeen.
ދެންފަހެ އެމީހުން ކެތްކުރިޔަސް އަދި ކެތް ނުކުރިޔަސް އެމީހުން ގޮސް ތިބޭނޭ ތަނަކީ ހަމަ ނަރަކައެވެ. އެހެން ގޮތެއް ނެތެވެ. އެތަނުން ނުކުތުމެއް ނެތެވެ. އަދި އެމީހުން އަލުން ދުނިޔެއަށް އައިސް ﷲ ރުހިވޮޑިގަންނަވާ ގޮތަށް އުޅޭން އެދުނަސް عذر ދައްކަން އެދުނަސް އެމީހުންނަކީ އެފަދަ ހުއްދައެއް ލިބޭނޭ ބައެއް ނޫނެވެ.
-
41:25
۞ وَقَيَّضْنَا لَهُمْ قُرَنَآءَ فَزَيَّنُوا۟ لَهُم مَّا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَحَقَّ عَلَيْهِمُ ٱلْقَوْلُ فِىٓ أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ ٱلْجِنِّ وَٱلْإِنسِ ۖ إِنَّهُمْ كَانُوا۟ خَـٰسِرِينَ
Wa-q̣ayyaḍnaa lahum q̣uranaaaʹa fazayyanoo lahum maa bayna ʹaydeehim wa-maa khalfahum wa-ḥaq̣q̣a ʻalayhimul q̣awlu feee ʹumamiñ q̣ad khalat miñ q̣ablihim minal Jinni wal-ʹIñs; ʹinnahum kaanoo khaasireen.
އަދި ތިމަން ރަސްކަލާނގެ އެމީހުންގެ މައްޗަށް އެކުވެރީންތަކެއް ފާކުރެއްވީމެވެ. (އެބަހީ مكّة ގެ مشرك ންނާއި، ދެންވެސް އެބާވަތުގެ މީސް ތަކުންގެ މައްޗަށް އެކުވެރި رحمة ތެރީންތަކެއް ކަމުގައި ޝައިތާނުންތަކެއް ފާކުރެއްވީމެވެ.) ދެންފަހެ އެ ޝައިތާނުންތައް އެބައިމީހުންނަށް ދުނިޔެއާއި، آخرة ގެ ކަންތައް ޒީނަތްތެރި ކޮށްދެއެވެ. (އެއީ ދުނިޔޭގެ حياة ގައި ﷲ އަށް شرك ކުރުމާއި، އުރެދުންތަކަށް އަރައިގަތުމާއި، فاحش އެންމެހައި ކަމެއް ޒީނަތްތެރިކޮށްދިނުމެވެ. آخرة ޒީނަތްތެރި ކޮށްދިނުމަކީ آخرة ނާންނާނޭ ކަމަށާއި، މަރުވުމަށްފަހު ދެން ނިމުނީ ކަމަށާއި، عمل ތަކަށް ހިސާބުބެއްލެވުމެއް ނެތްކަމަށް وسواس ދީ ހައްލައި ހެދުމެވެ. އޭގެ ސަބަބުން فاحش އެންމެހައި ކަމެއްގައި ގެނބިތިބެ عمر ހުސްކޮށްލުމެވެ.) ޖިންނީންނާއި އިންސާނުންގެ ތެރެއިން އެމީހުންގެ ކުރިން އިސްވެދިޔަ އެބާވަތުގެ މީހުންނަށް ޢަޛާބު ޙައްޤުވީފަދައިން މި މީހުންގެ މައްޗަށްވެސް ޢަޛާބު ޙައްޤުވެއްޖެއެވެ. ހަމަކަށަވަރުން އެމީހުންވީ ގެއްލި ޙަލާކުވެގެންވާ މީހުންގެ ތެރެއިންނެވެ.
-
41:26
وَقَالَ ٱلَّذِينَ كَفَرُوا۟ لَا تَسْمَعُوا۟ لِهَـٰذَا ٱلْقُرْءَانِ وَٱلْغَوْا۟ فِيهِ لَعَلَّكُمْ تَغْلِبُونَ
Wa-q̣aalal laẓeena kafaroo laa- tasmaʻoo lihaaẓal Q̣urʹaani walg̣aw feehi laʻallakum tag̣liboon!
އަދި ކާފަރުންގެ މީހުން އެއްބަޔަކު އަނެއް ބަޔަކަށް ބުނެއެވެ. އޭ ކަލޭމެންނޭވެ! މި قُرآن ކިޔަވާ އަޑު ކަލޭމެން ނާހާށެވެ! އަދި އެ ކިޔަވާއިރު ހަޅޭލަވައި، އަޑުގަދަކޮށް، އަތްތިލަބަޑިޖަހައި، ހޯބޯލަވައިހަދާށެވެ! (އެއީ قُرآن ކިޔަވާ އަޑުއަހައިގެން އަސަރުކޮށް ތެދުމަގަށް އަތުވެދާނޭތީއެވެ.) އަދި އޭރުން إسلام دين އަށާއި، محمّد ގެފާނުގެ މައްޗަށް ކަލޭމެން ގަދަވެދާނޭ ކަންނޭނގެއެވެ. ކަލޭމެން ގަދަވުމުގެ أمّيد ގައެވެ.
-
41:27
فَلَنُذِيقَنَّ ٱلَّذِينَ كَفَرُوا۟ عَذَابًا شَدِيدًا وَلَنَجْزِيَنَّهُمْ أَسْوَأَ ٱلَّذِى كَانُوا۟ يَعْمَلُونَ
Falanuẓeeq̣annal laẓeena kafaroo ʻaẓaabañ shadeedañw walanajziyannahum ʹaswaʹal laẓee kaanoo yaʻmaloon.
(ﷲ އެފަދަ މީހުންނާމެދު وحي ކުރައްވައެވެ.) ހަމަކަށަވަރުން ކާފަރުވީ މީސްތަކުންނަށް ތިމަން ރަސްކަލާނގެ ގަދަވެގެންވާ عذاب ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން އެމީހުން ދުނިޔޭގައި ތިބެގެން ކުރާ ނުބައި ނުލަފާ ކަންތަކަށް، ތިމަން ރަސްކަލާނގެ ހެޔޮވަރު ޖަޒާ ދެއްވާހުށީމެވެ.
-
41:28
ذَٰلِكَ جَزَآءُ أَعْدَآءِ ٱللَّهِ ٱلنَّارُ ۖ لَهُمْ فِيهَا دَارُ ٱلْخُلْدِ ۖ جَزَآءًۢ بِمَا كَانُوا۟ بِـَٔايَـٰتِنَا يَجْحَدُونَ
Ẓaalika jazaaaʹu ʹaʻdaaaʹil laahin Naar: lahum feehaa Daarul Khuld: jazaaaʹam bimaa kaanoo biʹAayaatinaa yajḥadoon.
ﷲ ގެ عدوّ ންގެ އެ ޖަޒާއަކީ ހަމަ ސީދާ ނަރަކައެވެ. އަލިފާނެވެ. އެމީހުން އެތާ އަބަދީ ގޮތެއްގައި ދެމިތިބޭ ހުއްޓެވެ. އެއީ އެމީހުން ދުނިޔޭގައި ތިބެގެން ﷲ ގެ އާޔަތްތަކަށް އިންކާރުކޮށް ދެކޮޅުހެދުމުގެ ޖަޒާއެއްގެ ގޮތުންނެވެ.\nދަންނައެވެ. ފަހުގެ މި ތިން އާޔަތުން ސިފަވެގެން މިދާ ކާފަރުންނާއި، އެމީހުންގެ عمل ތަކާއި، މިހާރު މިތިބި تهذيب ކާފަރުންނާއި، ޑުޕްލިކޭޓް إسلام ންނާއި، އަދި މި މީހުންގެ عمل އާ އެއްވެސް ތަފާތެއް އެބަހުރި ބާވައެވެ؟ ބުއްދިވެރީން ވިސްނައިލާން ރަނގަޅު ކަމެކެވެ. އެމީހުން އެ ޒަމާނުގައި އެ އުޅުނީ رسول الله ﷺ قُرآن ކިޔަވާ ވިދާޅުވާ އަޑު މީހަކަށް އިވުނަ ނުދޭން ވެގެންނެވެ. ކިޔަވާ ވިދާޅުވާން ފެށީމާ ހަޅޭލަވައި އަޑުގަދަކޮށް، އަތްތިލަބަޑިޖަހައި ހޯބޯލަވައި މިޒާތުގެ ކަންތައް ކޮށް قُرآن ގެ އަޑު ބަންދުކުރީއެވެ.\nމިޒަމާނުގައިވެސް قُرآن އާއި، އަދި إسلام دين ގެ تعليم އާ ދުރަށް ގެންދެވޭތޯ قُرآن ގެ އަޑު ނުއިއްވޭތޯ، އަދި ކުއްޖަކުވެސް އެ قُرآن ކިޔަވައިފާނެތީ ނުކިޔަވައި ވާނޭހައި ގޮތެއް ހަދަނީއެވެ. قُرآن އާ ނުބެހޭ تعليم އެއީ އެންމެ މަތީ تعليم ކަމުގައި ހަދައި، ރެޔާއި، ދުވާލު ރެޑިޔޯތަކާއި، ޓީވީތަކުން ޒާތްޒާތުގެ ނަންނަމުގައި ޕްރޮގްރާމްތައް ހިންގައި، ކުޅިވަރުގެ ތަފާތު ވާދަވެރި މުބާރާތްތައް رمضان މަހުގެ ރޭތަކުގައިވެސް ހިނގަމުން ދާއިރު އަދި އެހެން މަސްމަހު ހުންނާނީ ކިހާ ފެންވަރަކަށް ބާވައެވެ. رمضان މަހަކީ قُرآن ގެ މައްސަރުގެ ނަމުން مشهور ވެގެންވާ މައްސަރެވެ. وَالْغَوْ فِيْهِ ވާނޭ ވަރެއް އަދި މީގެ އިތުރަށްވެސް ވޭބާވައެވެ. ތަފާތުވަނީ ޒަމާނާއި މީހުންނެވެ. عمل ގައި ތަފާތު ވާކަމަކަށް ނުފެނުނެވެ. فاعتبروا ياأولى الأبصار.
-
41:29
وَقَالَ ٱلَّذِينَ كَفَرُوا۟ رَبَّنَآ أَرِنَا ٱلَّذَيْنِ أَضَلَّانَا مِنَ ٱلْجِنِّ وَٱلْإِنسِ نَجْعَلْهُمَا تَحْتَ أَقْدَامِنَا لِيَكُونَا مِنَ ٱلْأَسْفَلِينَ
Wa-q̣aalal laẓeena kafaroo Rabbanaaa ʹarinal laẓeena ʹaḍal-laanaa minal jinni wal-ʹiñsi najʻalhumaa taḥta ʹaq̣daaminaa liyakoonaa minal ʹasfaleen.
އަދި ކާފަރުވީ މީސްތަކުން (ނަރަކައިގެ عذاب ލިބެމުންދާ ވަގުތު) ﷲއަށްދަންނަވާނެއެވެ. އޭއަޅަމެންގެربّ އެވެ. ޖިންނީންނާއި، އިންސާނުންގެ ތެރެއިން އަޅަމެން މަގުފުރެއްދިދެމީހުން ނުވަތަ ދެޕާޓީ އަޅަމެންނަށް ދައްކަވާނދޭވެ! އެ ދެފަރާތް އަޅަމެންގެ ފައިތިލަތަކުގެދަށަށް ލާހުށީމެވެ. އެއީ އެ ދެފަރާތް އަޅަމެންގެ އެންމެ ދަށަށް ލުމަށެވެ. (އެއީ އެމީހުންނަށް عذاب ގަދަވުމަށް ޓަކައެވެ.)\nދަންނައެވެ. މިއާޔަތުގައި މިވާ މަގުފުރެއްދި ދެމީހުންނާމެދު ބަސް ތަފާތުވެގެން ވެއެވެ. އެއްބައި ބޭކަލުން ވިދާޅުވަނީ އެއީ شيطان ންގެ ތެރެއިން އިންސާނުންނަށް كافر ކަމާއި، شرك ކުރުމާއި، މި ކަންކަމަށް ވަސްވާސްދީ، މީސްތަކުން ލަންބައި، މަގުން ނެއްޓުވި شيطانން ކަމަށެވެ. އަދި އަނެއްބައިބޭކަލުންވިދާޅުވަނީ އެއީ އާދަމުގެ ދަރީންގެ ތެރެއިން އެފަދަ ކަންކަން ޒީނަތްތެރިކޮށްދިން ކާފަރުކަމުގެ ބޮޑެތި ވެރީންކަމަށެވެ.
-
41:30
إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَـٰمُوا۟ تَتَنَزَّلُ عَلَيْهِمُ ٱلْمَلَـٰٓئِكَةُ أَلَّا تَخَافُوا۟ وَلَا تَحْزَنُوا۟ وَأَبْشِرُوا۟ بِٱلْجَنَّةِ ٱلَّتِى كُنتُمْ تُوعَدُونَ
ʹInnal laẓeena q̣aaloo Rabbunal laahu s̤ummas taq̣aamoo tatanazzalu ʻalayhimul malaaaʹikatu ʹallaa takhaafoo wa-laa taḥzanoo wa-ʹabshiroo bil-Jannatil latee kuñtum tooʻadoon!
ތިމާމެންގެ ربّ އެއީ ﷲ އޭ ބުނެ ދެން އެގޮތުގެ މަތީގައި (شريك އެއް ނުކޮށް توحيد ގެ މަތީ، ކިޔަމަންތެރިކަމާއެކު) قائم ވެ ތިބި މީހުން (މަރަށް حاضر ވާ ވަގުތު، ނުވަތަ ކަށްވަޅުން محشر ގެ ميدان އަށް ނުކުންނަ ވަގުތު) ދަންނައެވެ. އެމިހުންގެ ގާތަށް رحمة ގެ ملائكة ބޭކަލުން ވަޑައިގަންނަވާނެއެވެ. (އަދި އެ ބޭކަލުން ވިދާޅުވާނެއެވެ.) ތިޔަބައިމީހުން ބިރު ނުގަންނާށެވެ. އަދި ހިތާމަވެސް ނުކުރާށެވެ. އަދި ތިޔަބައިމީހުންނަށް ސުވަރުގެ ހުރިކަމުގެ އުފާ ކުރާށެވެ. އެއީ ތިޔަބައިމީހުންނަށް ދެއްވުމަށް وعد ވެވިގެންވާ ތަނެވެ. ﷲ وعد ކުރައްވާފައިވާ ތަނެވެ.
-
41:31
نَحْنُ أَوْلِيَآؤُكُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ ۖ وَلَكُمْ فِيهَا مَا تَشْتَهِىٓ أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ
Naḥnu ʹawliyaaaʹukum fil ḥayaatid dunyaa wa-fil ʹAakhirah: wa-lakum feehaa maa- tashtaheee ʹañfusukum wa-lakum feehaa maa- taddaʻoon!
ތިމަންބޭކަލުންނީ ދުނިޔޭގެ حياة ގައިވެސް، އަދި آخرة ގެ حياة ގައިވެސް ތިޔަބައިމީހުން ރައްކާތެރި ކުރައްވާ، އަދި އެހީތެރިކަން ބަހައްޓަވާ ބޭކަލުންނެވެ. އަދި ސުވަރުގޭގައި ތިޔަބައިމީހުން ހިތްއެދޭހައި ކަމެއް نفس ތައް އެކަންކަމަށް ދަހިވެތިވާ އެންމެހައި ކަމެއް ވެއެވެ.
-
41:32
نُزُلًا مِّنْ غَفُورٍ رَّحِيمٍ
Nuzulam min G̣afoorir Raḥeem.
ތިމާ ހެޔޮ عمل ކޮށް (صالح عمل ކޮށް) އަދި މީސްތަކުންނަށް ﷲ ގެ މަގަށް ގޮވައި، އަދި އަހުރެން މިވަނީ مسلم ންގެ ތެރެއިންނޭ ބުނެހެދި މީހަކަށްވުރެ ބަސްބުނުމުގެ ގޮތުން ހެޔޮވެގެންވަނީ ދެން ކާކު ހެއްޔެވެ؟ އެބަހީ އެއަށްވުރެ ހެޔޮ މީހަކު ނުވެއެވެ.
-
41:33
وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَآ إِلَى ٱللَّهِ وَعَمِلَ صَـٰلِحًا وَقَالَ إِنَّنِى مِنَ ٱلْمُسْلِمِينَ
Wa-man ʹaḥsanu q̣awlam mimmañ daʻaaa ʹilal laahi wa-ʻamila ṣaaliḥañw waq̣aala ʹinnanee minal Muslimeen?
ތިމާ ހެޔޮ عمل ކޮށް (صالح عمل ކޮށް) އަދި މީސްތަކުންނަށް ﷲ ގެ މަގަށް ގޮވައި، އަދި އަހުރެން މިވަނީ مسلم ންގެ ތެރެއިންނޭ ބުނެހެދި މީހަކަށްވުރެ ބަސްބުނުމުގެ ގޮތުން ހެޔޮވެގެންވަނީ ދެން ކާކު ހެއްޔެވެ؟ އެބަހީ އެއަށްވުރެ ހެޔޮ މީހަކު ނުވެއެވެ.\nފަހެ ތިމާ مسلم އަކަށްވެ ހުރެ صالح عمل ކޮށް، ދެން ﷲ ގެ މަގަށް އެހެން މީހުންނަށް ގޮވައިލި މީހަކު އެއީ އެންމެހައި ހެވެއް ޖަމާކުރި މީހެކެވެ. އެއަށްވުރެ ހެޔޮ މީހަކު ނުހުންނާނެއެވެ.
-
41:34
وَلَا تَسْتَوِى ٱلْحَسَنَةُ وَلَا ٱلسَّيِّئَةُ ۚ ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ فَإِذَا ٱلَّذِى بَيْنَكَ وَبَيْنَهُۥ عَدَٰوَةٌ كَأَنَّهُۥ وَلِىٌّ حَمِيمٌ
Wa-laa tastawil ḥasanatu wa-las sayyiʹah. ʹIdfaʻ billatee hiya ʹaḥsanu faʹiẓal laẓee baynaka wa-baynahoo ʻadaawatuñ kaʹannahoo wa-liyyun ḥameem!
އަދި ހެޔޮކަންތަކާއި، ނުބައި ކަންތަކާ ހަމަހަމަވެގެން ނުވެއެވެ. (އެ ދެކަންތަކުގައި بيان ވެ ފައުޅުވެގެންވާ ތަފާތު ވެއެވެ.) ހެޔޮ ކަންތަކުން ނުބައި ކަންތައް ދުރުކުރާށެވެ! (އެބަހީ ކަލެއަށް ނުބައި ކަމެއް ކުރި މީހަކަށް ކަލޭ إحسان ތެރިވެ، ހެޔޮކަން ކޮށްދޭށެވެ!) އޭރުން ކަލެޔާއި، އެމީހަކާ ދެމެދު عداوة ތެރިކަމެއް ވާ މީހާ ކަލެއަށް ޓަކައި ގާތް رحمة ތެރި، ވަފާތެރި އެކުވެރިޔަކަށް ވެދާނެއެވެ.
-
41:35
وَمَا يُلَقَّىٰهَآ إِلَّا ٱلَّذِينَ صَبَرُوا۟ وَمَا يُلَقَّىٰهَآ إِلَّا ذُو حَظٍّ عَظِيمٍ
Wa-maa yulaq̣q̣aahaaa ʹillal laẓeena wa-maa ṣabaroo yulaq̣q̣aahaaa ʹillaa ẓoo ḥaz̤̣z̤̣in ʻaz̤̣eem.
އަދި ކެތްތެރިވެއްޖެ ބަޔަކަށް މެނުވީ އެފަދަ ކަންތައް حاصل ނުވާނެއެވެ. (އެބަހީ މީހަކު ތިމާއަށް ނުބައިކަމެއް ކުރީމައި، އޭގެ ބަދަލުގައި އެމީހަކަށް إحسان ތެރިވެ، ހެޔޮކޮށް ހިތޭނީ ވަރަށް ބޮޑެތި ކެތްތެރި، މާތް މީހުންނަށެވެ.) ވަރަށް ބޮޑު ނަސީބުގެ ވެރިއަކަށް މެނުވީ އެފަދަ ބޮޑު ثواب އާއި، މާތްކަން حاصل ނުކުރެވޭނެއެވެ.
-
41:36
وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيْطَـٰنِ نَزْغٌ فَٱسْتَعِذْ بِٱللَّهِ ۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ
Wa-ʹimmaa yañzag̣annaka minash Shayṭaani nazg̣uñ fastaʻiẓ billaah. ʹInnahoo Huwas Sameeʻul ʻAleem.
އަދި شيطان އާގެ ފަރާތުން (އެފަދަ ކަންތައް - އެބަހީ ނުބައި ކަންތައް ކުރި މީހަކަށް إحسان ތެރިވުމަށް ހުރަސްއަޅާ ފަދަ) ވަސްވާސްތެރިކަމެއް އަތުވެއްޖެއްޔާ، އައްސަވާ ވޮޑިގެންވާ، އަދި ދެނެވޮޑިގެންވާ ކަލާނގެ حضرة ން ރައްކާތެރިކަމާއި، ސަލާމަތްކަން އެދޭށެވެ!
-
41:37
وَمِنْ ءَايَـٰتِهِ ٱلَّيْلُ وَٱلنَّهَارُ وَٱلشَّمْسُ وَٱلْقَمَرُ ۚ لَا تَسْجُدُوا۟ لِلشَّمْسِ وَلَا لِلْقَمَرِ وَٱسْجُدُوا۟ لِلَّهِ ٱلَّذِى خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ
Wa-min ʹAayaatihil laylu wannahaaru washshamsu walq̣amar. Laa- tasjudoo lishshamsi wa-laa lilq̣amari wasjudoo lillaahil laẓee khalaq̣ahunna ʹiñ kuñtum ʹiyyaahu taʻbudoon.
އަދި ރޭގަނޑާއި، ދުވާލާއި، އިރާއި، ހަނދަކީ ﷲ ގެ ކުޅަދުންވަންތަ ކަމާއި، ހައިބަ ބޮޑުކަމުގެ މައްޗަށް ދަލީލުކުރާ ދަލީލުތަކުގެ ތެރެއިން ވާ ދަލީލެވެ. (ފަހެ އެފަދަ ބޮޑެތި مخلوق ން އެހާ ފުރިހަމަކޮށް ހެއްދެވި ކަލަކު ކިހާ ބޮޑުވެފައި ކުޅަދުންވަންތަވެރި ވާނޭ ހެއްޔެވެ؟) ފަހެ ތިޔަބައިމީހުން އިރަށް ވިޔަސް، އަދި ހަނދަށް ވިޔަސް سجدة ނުކުރާށެވެ. އަދި އެތަކެތި ހެއްދެވި ކަލާނގެއަށް سجدة ކުރާށެވެ. (ﷲ އަށް سجدة ކުރާށެވެ.) ތިޔަބައިމީހުން އެކަލާނގެއާ شريك ނުކޮށް އެކަލާނގެއަށް އެކަނި އަޅުކަންކުރާ ކަމުގައި ވަންޏާ ﷲ އަށް އެކަނި سجدة ކުރާށެވެ. އަޅުކަން ކުރާށެވެ.
-
41:38
فَإِنِ ٱسْتَكْبَرُوا۟ فَٱلَّذِينَ عِندَ رَبِّكَ يُسَبِّحُونَ لَهُۥ بِٱلَّيْلِ وَٱلنَّهَارِ وَهُمْ لَا يَسْـَٔمُونَ ۩
Faʹinis takbaroo fallaẓeena ʻiñda Rabbika yusabbiḥoona lahoo billayli wannahaari wahum laa- yasʹamoon.
އޭ رسول الله އެވެ! ފަހެ އެބައިމީހުން شريك ނުކޮށް ﷲ އަށް އަޅުކަންކުރުމަށް ބޮޑާވެގެންފިއްޔާ ދަންނައެވެ. ކަލޭގެފާނުންގެ ربّ ގެ حضرة ގައިވާ ملائكة ބޭކަލުން ރޭގަނޑާއި، ދުވާލު އެކަލާނގެއަށް تسبيح ވިދާޅުވެއެވެ. އެކަލާނގެ ހުސް طاهر ވަންތަކުރެއެވެ. އަދި އެބޭކަލުން ފޫހިވެވަޑައި ނުގަންނަވައެވެ.
-
41:39
وَمِنْ ءَايَـٰتِهِۦٓ أَنَّكَ تَرَى ٱلْأَرْضَ خَـٰشِعَةً فَإِذَآ أَنزَلْنَا عَلَيْهَا ٱلْمَآءَ ٱهْتَزَّتْ وَرَبَتْ ۚ إِنَّ ٱلَّذِىٓ أَحْيَاهَا لَمُحْىِ ٱلْمَوْتَىٰٓ ۚ إِنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Wa-min ʹAayaatiheee ʹannaka taral ʹarḍa khaashiʻatañ faʹiẓaaa ʹañzalnaa ʻalayhal maaaʹah tazzat wa-rabat. ʹInnal laẓeee ʹaḥyaahaa la-Muḥyil mawtaa. ʹInnahoo ʻalaa kulli shayʹiñ Q̣adeer.
(ވާރޭ ނުވެހި ގިނަދުވަސް ވުމުގެ ސަބަބުން) މަރުވެ ހަނަފަސްވެފައިވާ ބިންގަނޑު ކަލޭ ދެކޭނެއެވެ. ދެންފަހެ އެ ބިންގަނޑުގެ މައްޗަށް ތިމަން ރަސްކަލާނގެ ވާރޭ ވެއްސެވުމުން ބިންގަނޑު حركاة ތެރިވެ ބޮޑުވެ، ފުފިލައި ދެން ގަސްތައް ފަޅާތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އެއީ އެކަލާނގެ قدرة ތެރިކަމުގެ علامة ތަކުގެ ތެރެއިން ވާ ކަމެކެވެ. ފަހެ އެ ބިންގަނޑު އެގޮތަށް ދިރުއްވި ކަލާނގެ އެކަލާނގެ އަޅުތަކުން محشر ކުރެއްވުމަށް ޓަކައި މަރުވެފައިވާ މީސްތަކުން ދިރުއްވާ ހުއްޓެވެ. ހަމަކަށަވަރުން ކޮންމެ ކަމެއްގެ މައްޗަށް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ވެއެވެ.
-
41:40
إِنَّ ٱلَّذِينَ يُلْحِدُونَ فِىٓ ءَايَـٰتِنَا لَا يَخْفَوْنَ عَلَيْنَآ ۗ أَفَمَن يُلْقَىٰ فِى ٱلنَّارِ خَيْرٌ أَم مَّن يَأْتِىٓ ءَامِنًا يَوْمَ ٱلْقِيَـٰمَةِ ۚ ٱعْمَلُوا۟ مَا شِئْتُمْ ۖ إِنَّهُۥ بِمَا تَعْمَلُونَ بَصِيرٌ
ʹInnal laẓeena yulḥidoona feee ʹAayaatinaa laa- yakhfawna ʻalaynaa. ʹAfamañy yulq̣aa fin naari khayrun ʹam mañy yaʹteee ʹaaminañy Yawmal Q̣iyaamah? ʹIʻmaloo maa- shiʹtum ʹinnahoo bimaa taʻmaloona Baṣeer.
ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އާޔަތްތަކަށް ކާފަރުވާ މީހުން ނުވަތަ އެ އާޔަތްތައް تأويل ކޮށް އެއިން އެދެވޭ މާނަ ފިޔަވައި އެހެނިހެން މާނަތަކަށް ބަދަލުކޮށް އަނބުރަމުންދާ މީސްތަކުން ތިމަން ރަސްކަލާނގެއަށް ވަންހަނާވެގެން ނުވެއެވެ. (އެމީހުންނަށް ނިކަންހުރެ އެމީހުން އެ ކުރާ ނުބައިކަމުގެ ޖަޒާ ދެއްވޭ ހުއްޓެވެ.)\nއަޅެފަހެ (قيامة ދުވަހުން) ހެޔޮވެގެންވަނީ ނަރަކައަށް އެއްލެވޭ މީހާ ހެއްޔެވެ؟ ނުވަތަ އެދުވަހުން އެއްވެސް ބިރުވެރިކަމެއް ނެތި އަމާންކަމާއެކު އަންނަ މީހާ ހެއްޔެވެ؟ ތިޔަބައިމީހުން އެދޭ ގޮތަކަށް عمل ކުރާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ކުރާހައި ކަމެއް އެކަލާނގެ ދެނެވޮޑިގެން ވެއެވެ. އެކަންކަމަށް ބައްލަވާ ވޮޑިގެން ވެއެވެ.
-
41:41
إِنَّ ٱلَّذِينَ كَفَرُوا۟ بِٱلذِّكْرِ لَمَّا جَآءَهُمْ ۖ وَإِنَّهُۥ لَكِتَـٰبٌ عَزِيزٌ
ʹInnal laẓeena kafaroo biẓ-Ẓikri lammaa jaaaʹahum. Wa-ʹinnahoo la-Kitaabun ʻAzeez.
ހަމަކަށަވަރުން އެބައިމީހުންގެ ގާތަށް ذكر އައިހިނދު - އެބަހީ ކީރިތި قرآن އައިހިނދު - އެއަށް ކާފަރުވީ މީސްތަކުން ދަންނައެވެ. (އެކަމަށް ފުރިހަމަ ޖަޒާ އެމީހުންނަށް ދެއްވޭނެއެވެ.) ހަމަކަށަވަރުން އެފޮތަކީ އެފަދަ ދެވަނައެއް ނެތް عزّة ތެރި ފޮތެކެވެ. (حكم ތައް ގަދަވެގެންވާ ފޮތެކެވެ.)
-
41:42
لَّا يَأْتِيهِ ٱلْبَـٰطِلُ مِنۢ بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِۦ ۖ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ
Laa- yaʹteehil baaṭilu mim bayni yadayhi wa-laa min khalfih: Tañzeelum min Ḥakeemin Ḥameed.
އެފޮތްވަނީ އެފޮތުގެ ކުރިމަތީންވެސް އަދި އެފޮތުގެ ފަހަތުން ވިޔަސް އެފޮތަށް باطل ކަމެއް ނާންނާނޭ ފޮތެވެ. އެބަހީ އެ ފޮތުގެ ކުރީ ބާވައިލެއްވުނު ފޮތްތަކުގައިވެސް އެ ފޮތް ދޮގުކުރެވޭނޭ ގޮތެއް ނެތެވެ. އަދި އެފޮތް باطل ކުރާނޭ ފޮތެއް ދެން ނާންނަ ހުއްޓެވެ. އެއީ حكمة ވަންތަ، އަދި އެކަލާނގެ އެންމެހައި ކަންކަމަށް حمد ލިބިވޮޑިގެންވާ ކަލާނގެ حضرة ން ބާވައިލައްވާފައިވާ ބާވައިލެއްވުމެކެވެ.
-
41:43
مَّا يُقَالُ لَكَ إِلَّا مَا قَدْ قِيلَ لِلرُّسُلِ مِن قَبْلِكَ ۚ إِنَّ رَبَّكَ لَذُو مَغْفِرَةٍ وَذُو عِقَابٍ أَلِيمٍ
Maa- yuq̣aalu laka ʹillaa maa- q̣ad q̣eela lir-rusuli miñ q̣ablik: ʹinna Rabbaka la-Ẓoo mag̣firatiñw wa-Ẓoo ʻIq̣aabin ʹaleem.
އޭ رسول الله އެވެ! އިސްވެދިޔަ أمّة ތަކުގައި އުޅުނު ކާފަރުންވެސް އެމީހުންގެ ގާތަށް ފޮނުއްވުނު رسول ބޭކަލުންނާ ދިމާއަށްވެސް ބުނަމުން ގެންދިޔަ ފަދައިން މެނުވީ ކަލޭގެފާނުންގެ قوم ގެ ކާފަރުންވެސް ކަލޭގެފާނާ ދިމާއަށް ބުނާކަމުގައި ނުވެއެވެ. ބުނަނީ ދާދި އެއްކަހަލަ ގޮތަކަށެވެ. (އެމީހުންވެސް އެމީހުންގެ رسول ބޭބޭކަލުންނަށް ބުނަނީ މޮޔައެއް ކަމަށެވެ. ނުވަތަ سحر ޖެހިފައިވާ މީހަކު ކަމަށެވެ. ނުވަތަ އެނޫންވެސް އެބާވަތުގެ ކޮންމެވެސް ނުބައި އެއްޗެކެވެ. ކަލޭގެފާނާ ދިމާއަށްވެސް ކަލޭގެފާނުންގެ قوم ގެ މީހުން އެ ބުނަނީ ދޮގުވެރިއެކޭ، މޮޔައެކޭ، ނުވަތަ ޅެންވެރިއެކޭ ނުވަތަ سحر ޖެހިފައެވެ. ދެންވެސް މިބާވަތުގެ ނުބައި لفظ އެކެވެ. ވާހަކަ ހަމަ އެއް ވާހަކައެކެވެ. ތަނާއި، މީހުންނާ ތަފާތީއެވެ. އެހެން ވީއިރު އެއީ އާކަމެއް ނޫނެވެ. އެކަމާ ދެރަފުޅުވާނޭ ކަމެއް ނެތެވެ.)\nހަމަކަށަވަރުން توبة ވެ، ﷲ އަށް رجوع ވެއްޖެ މީހަކަށް އެކަލާނގެއީ ފާފަ ފުއްސެވުމުގެ ވެރި ކަލާނގެއެވެ. އަދި ނުކިޔަމަންތެރިވެއްޖެ މީހަކަށް ވޭން ގަދަވެގެންވާ عذاب ދެއްވުމުގެ ވެރި ކަލާނގެއެވެ.
-
41:44
وَلَوْ جَعَلْنَـٰهُ قُرْءَانًا أَعْجَمِيًّا لَّقَالُوا۟ لَوْلَا فُصِّلَتْ ءَايَـٰتُهُۥٓ ۖ ءَا۬عْجَمِىٌّ وَعَرَبِىٌّ ۗ قُلْ هُوَ لِلَّذِينَ ءَامَنُوا۟ هُدًى وَشِفَآءٌ ۖ وَٱلَّذِينَ لَا يُؤْمِنُونَ فِىٓ ءَاذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُو۟لَـٰٓئِكَ يُنَادَوْنَ مِن مَّكَانٍۭ بَعِيدٍ
Wa-law jaʻalnaahu Q̣ur-ʹaanan ʹAʻjamiyyal laq̣aaloo law-laa fuṣṣilat ʹAayaatuh? ʹAʻ-jamiyyuñw WaʻArabiyy? Q̣ul huwa lillaẓeena ʹaamanoo hudañw washifaaaʹ: wallaẓeena laa- yuʹminoona feee ʹaaẓaanihim waq̣ruñw wahuwa ʻalayhim ʻamaa. ʹUlaaaʹika yunaadawna mim makaanim baʻeed!
އަދި عرب ބަސް ނޫން އެހެން ބަހަކުން ތިމަން ރަސްކަލާނގެ އެ قرآن ބާވައިލެއްވިނަމަ ހަމަކަށަވަރުން އެ ކާފަރުން ބުނީހެވެ. މި ފޮތުގެ އާޔަތްތައް تفصيل ކޮށް އޮޅުންފިލާ ގޮތަށް (عرب ބަހުން) ވާނޭނަމަ ކިހައި ރަނގަޅު ހެއްޔެވެ؟ މިހާރު މި ހުރީ عرب ބަހުން ވާހަކަދައްކާ رسول ބޭކަލަކާއި، عجمى ބަހުން (عرب ބަސް ނޫން ބަހަކުން) ވާ ފޮތެކެވެ. (މިއީ އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއް ނޫނެވެ. އަހުރެމެން ވެސް މި ވާހަކަދައްކަނީ عرب ބަހުންނެވެ. ފޮތް ތިޔަ ވަނީ އެހެން ބަހަކުންނެވެ. މި ބާވަތުގެ ބަހަނާތަކެއް ދެއްކީހެވެ.) އޭ رسول الله އެވެ! ކަލޭގެފާނު ވިދާޅުވާށެވެ. އެއީ މީސްތަކުންނަށް ވާ ތެދުމަގެކެވެ. އަދި އެކިއެކި ބަލިތަކަށް ވާ شفاء އެކެވެ. ބަލި ފަސޭހަކޮށްދޭ ފަރުވާއެކެވެ. އެހެންނަމަވެސް އީމާންނުވާ މިސްތަކުންގެ ކަންފަތްތަކުގައި އެވަނީ (حقّ ބަހެއް ނުވަންނާނޭ ގޮތުން) ހުރަހެއް އެޅި ބަންދުވެފައެވެ. އަދި އެމީހުންގެ ލޯތައް އެ ވަނީ (ހުޅުވިފައި ހުރުމާއެކުވެސް) އެ قرآن ގެ حقّ އާއި، އަލިކަން ނުފެންނާނޭ ގޮތުން އަނދިރިވެފައެވެ. ބަޔަކަށް ދުރުން ގޮވާ މީހަކު ފަދައިން އަޑު އިވުނަސް ގޮވާ އެއްޗެއް އޮޅުން ނުފިލާ ބަޔަކަށް ވެފައެވެ. އެގޮތަށް އެމީހުންނަށްވެސް ދުރުން ގޮވެނީއެވެ. ގޮވޭ އެއްޗެއް ނޭނގެއެވެ
-
41:45
وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ فَٱخْتُلِفَ فِيهِ ۗ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ لَقُضِىَ بَيْنَهُمْ ۚ وَإِنَّهُمْ لَفِى شَكٍّ مِّنْهُ مُرِيبٍ
Wa-laq̣ad ʹaataynaa Moosal Kitaaba fakhtulifa feeh. Wa-lawlaa Kalimatuñ sabaq̣at mir Rabbika laq̣uḍiya baynahum: wa-ʹinnahum lafee shakkim minhu mureeb.
އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. توراة ދެއްވީމެވެ. ފަހެ އެ ފޮތާމެދުވެސް إختلاف ވެވުނެވެ. (އެމީހުންގެ ތެރޭގައިވެސް ތިބީ އެ ފޮތް ތެދުކުރި މީހުންނާއި، އެ ފޮތް ދޮގުކުރި މީހުންނެވެ. އެ ފޮތަށް عمل ކުރި މީހުންނާއި، ނުކުރާ މީހުންނެވެ.) ފަހެ ކަލޭގެފާނުންގެ ربّ ގެ حضرة ން ބަސްފުޅެއް އިސްވެ ގޮސްފައި ނުވާނަމަ އެބަހީ އެބައިމީހުންނަށް ނިޔާކޮށް جزاء ދެއްވުން ފަސްކުރެއްވުމަށް ބަސްފުޅު ނުވާނަމަ) މި ދުނިޔޭގައި އެމީހުންގެ މެދުގައި ނިޔާކުރެވި فيصلة ކުރެވި ނިމިއްޖައީހެވެ. އަދި އެމީހުން އެ ވަނީ މި قرآن އާމެދު شكّ އެއްގައެވެ.
-
41:46
مَّنْ عَمِلَ صَـٰلِحًا فَلِنَفْسِهِۦ ۖ وَمَنْ أَسَآءَ فَعَلَيْهَا ۗ وَمَا رَبُّكَ بِظَلَّـٰمٍ لِّلْعَبِيدِ
Man ʻamila ṣaaliḥañ falinafsihee wa-man ʹasaaaʹa faʻalayhaa: wa-maa Rabbuka biz̤̣allamil lil-ʻabeed.
އަދި إيمان ވެ صَالِحُ عَمَلُ ކޮށްފި މީހާ ދަންނައެވެ. އެމީހާ އެ ކުރި ހެޔޮކަމެއްގެ ދަރުމަ އޮންނާނީ ހަމަ އެމީހަކަށެވެ. އޭގެ ފައިދާ އޭނާއަށް ކުރާނެއެވެ. އަދި ނަފުސަށް ނުބައިކުރި މީހާގެ ނުބައިކަން ހުންނާނީވެސް ހަމަ އޭނާއަށެވެ. އޭގެ ބުރަ އޭނާ އުފުލާނެއެވެ. އަދި އަޅުތަކުންނަށް އަނިޔާވެރިވެ ވޮޑިގެންވާ (އަނިޔާ ކުރައްވާ) ކަލަކު ކަމުގައި ކަލޭގެފާނުންގެ رَبُّ ނުވެއެވެ.