Back to Quran

ސޫރަތްތައް 45

Al-Jathiyah

The Crouching · Makki · 37 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    حمٓ

    Ḥaa-Meeem.

    حم މި އަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ.

  2. 2

    تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ

    Tañzeelul Kitaabi minal laahil ʻAzeezil Ḥakeem.

    ފޮތް ބާވައިލެއްވުން ވަނީ - އެބަހީ ކީރިތި قرآن ބާވައިލެއްވީ - عزّة ވަންތަ، حكمة ވަންތަ، ﷲ ގެ حضرة ންނެވެ.

  3. 3

    إِنَّ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ لَـَٔايَـٰتٍ لِّلْمُؤْمِنِينَ

    ʹInna fis samaawaati wal-ʹarḍi laʹAayaatil lil-Muʹmineen.

    ހަމަކަށަވަރުން އުޑުތަކާއި، ބިން ހެއްދެވުމުގައި އަދި ހައްދަވާފައިވާ އުޑުތަކާއި، ބިމުގައި (ﷲ ވޮޑިގެން ވާކަމާއި، އެއްކައުވަންތަ ކަމާއި، އެކަލާނގެ قدرة ތެރިކަމާއި، حكمة ވަންތަ ކަމާއި، ދެނެވޮޑިގަތުމާއި، މި ކަންކަމުގެ މައްޗަށް ދަލީލުކުރާ) ހެކިތަކާއި، دليل ތައް ވެއެވެ. އެކަމަކު އެ ދަލީލުތަކަކީ مؤمن ންނަށް ވާ دليل ތަކެކެވެ. ﷲ ގެ ވޮޑިގެންވުމާއި، قدرة ތެރިކަމާއި، ދެނެވޮޑިގަތުމާއި، حكمة ވަންތަކަމާއި، މި ބާވަތުގެ އެންމެހައި ކަންތައްތައް ތެދުކޮށް قبول ކުރާ مؤمن ންނަށް ވާ ދަލީލެވެ.

  4. 4

    وَفِى خَلْقِكُمْ وَمَا يَبُثُّ مِن دَآبَّةٍ ءَايَـٰتٌ لِّقَوْمٍ يُوقِنُونَ

    Wa-fee khalq̣ikum wa-maa yabus̤s̤u miñ daaabbatin ʹAayaatul liq̣awmiñy yooq̣inoon.

    (އަދި އޭ އިންސާނާއެވެ!) ތިޔަބައިމީހުންގެ ހެއްދެވުމުގައްޔާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲ ހައްދަވައި، ފަތުރުއްވާފައިވާ ގިނަގުނަ دابّة ތަކާއި، مخلوق ންތަކުގައިވެސް އެކަލާނގެ އެއްކައުވަންތަ ކަމާއި ކުޅަދުންވަންތަކަމުގެމައްޗަށް ދަލީލުކުރާ، دليل ތަކާއި، حجّة ތައް ކަނޑައެޅިގެން ވެއެވެ. توحيد قبول ކުރާ ބަޔަކަށެވެ،

  5. 5

    وَٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن رِّزْقٍ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا وَتَصْرِيفِ ٱلرِّيَـٰحِ ءَايَـٰتٌ لِّقَوْمٍ يَعْقِلُونَ

    Wakhtilaafil Layli wan-Nahaari wa-maaa ʹañzalal laahu minas samaaaʹi mir Rizq̣iñ faʹaḥyaa bihil ʹarḍa baʻda mawtihaa wa-taṣreefir riyaaḥi ʹAayaatul liq̣awmiñy yaʻq̣iloon.

    އަދި ރޭދުވާ ތަކުރާރު ވުމުގައްޔާއި، އަދި ﷲ އުޑުން ބާވައިލައްވާ ރިޒުގު ކަމުގައިވާ ފެނުގައްޔާއި، އަދި އެ ފެނުގެ ސަބަބުން ބިންގަނޑު މަރުވެފައި އޮތުމަށްފަހު (ގަހެއް، ވިނައެއް ނެތި އޮތުމަށްފަހު) ދެން އެކަލާނގެ އެ ބިންގަނޑު ދިރުއްވައި، ގަސްތަކާއި، ވިނަތައް ފަޅުއްވައި ހެއްދެވުމުގައްޔާއި، އަދި އެކި ދިމަދިމާއިން ޖެހޭގޮތަށް ވައި ބަދަލުކުރެއްވުމުގައްޔާއި، މި މި ކަންކަމުގައި (ﷲ ގެ قدرة ތެރިކަމާއި، އެއްކައުވަންތަކަމާއި، حكمة ވަންތަކަމާއި، ދެނެވޮޑިގަތުމުގެ މައްޗަށް دليل ކުރާ) އެތަކެއް ދަލީލު ބުއްދިކޮށް ވިސްނާ ބަޔަކަށް ވެއެވެ.

  6. 6

    تِلْكَ ءَايَـٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ ۖ فَبِأَىِّ حَدِيثٍۭ بَعْدَ ٱللَّهِ وَءَايَـٰتِهِۦ يُؤْمِنُونَ

    Tilka ʹAayaatul laahi natloohaa ʻalayka bil-ḥaq̣q̣: fabiʹayyi ḥadees̤im baʻdal laahi wa-ʹAayaatihee yuʹminoon?

    (އޭ رسول الله އެވެ.) އެއީ ހައްތާވެސް (ﷲ ވޮޑިގެންވާ ކަމާއި، އެކަލާނގެ އެއްކައުވަންތަކަމާއި، قدرة ތެރިކަމާއި، ދެނެވޮޑިގަތުމާއި، حكمة ވަންތަކަމާއި) މި ކަންކަމަށް دليل ކުރާ ﷲ ގެ دليل ތަކެވެ. ތިމަން ރަސްކަލާނގެ ކަލޭގެފާނަށް އެ دليل ތަކާއި، حجّة ތައް މި بيان ކޮށްދެނީ ހަމަ حقّ ތެދު ގޮތުގައެވެ. ފަހެ އެ مشرك ންގެ މީހުން ﷲ އާއި، އެކަލާނގެ އަންގަވާ دليل ތައް ތެދުނުކޮށް، ދެން ތެދުކޮށް قبول ކުރާނީ ކޮން ވާހަކައެއް ހެއްޔެވެ؟ އެމީހުން ދެން إيمان ވާނީ ކޮން އެއްޗަކަށް ހެއްޔެވެ؟

  7. 7

    وَيْلٌ لِّكُلِّ أَفَّاكٍ أَثِيمٍ

    Waylul likulli ʹaffaakin ʹas̤eem:

    ގިނަގިނައިން ދޮގުހަދާ، ފާފަކުރުމުގައި ހައްދުފަހަނަޅައިގެންފައިވާ ކޮންމެ މީހަކަށް قيامة ދުވަހުން ويل ހުއްޓެވެ. (ويل އަކީ ނަރަކައިގެ ވާދީއެކެވެ. އެތާނގެ ހޫނު ގަދަކަމާއި، ނުރައްކައު ބޮޑުކަމުން ނަރަކަވެސް އެތަނުން ސަލާމަތްވުމަށް دعاء ކުރާކަމުގައި ވިއެވެ.)

  8. 8

    يَسْمَعُ ءَايَـٰتِ ٱللَّهِ تُتْلَىٰ عَلَيْهِ ثُمَّ يُصِرُّ مُسْتَكْبِرًا كَأَن لَّمْ يَسْمَعْهَا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ

    yasmaʻu ʹAayaatil laahi tutlaa ʻalayhi s̤umma yuṣirru mustakbirañ kaʹal lam yasmaʻhaa: fabashshirhu biʻAẓaabin ʹaleem!

    އަދި މިބުނާ ދޮގުވެރި، ފާފަވެރީން) ﷲ ގެ އާޔަތްތައް - (ކީރިތި قرآن ގެ އާޔަތްތައް) - އޭނާގެ މައްޗަށް ކިޔެވޭއަޑު އަހައެވެ. ދެންވެސް އޭނާ (إيمان ނުވެ) كبر ވެރިކަމާއި، ބޮޑާކަން މަތީ ދެމިހުންނަނީއެވެ. އޭނާ އެ آية ތައް ނުވެސް އަހާ ކަހަލައެވެ. ފަހެ އެފަދަ މީހުންނަށް ވޭންދެނިވި عذاب قيامة ދުވަހުން ހުންނާނޭ ކަމުގެ خبر ކަލޭގެފާނު ދެއްވާށެވެ.

  9. 9

    وَإِذَا عَلِمَ مِنْ ءَايَـٰتِنَا شَيْـًٔا ٱتَّخَذَهَا هُزُوًا ۚ أُو۟لَـٰٓئِكَ لَهُمْ عَذَابٌ مُّهِينٌ

    Wa-ʹiẓaaa ʻalima min ʹAayaatinaa shayʹanit takhaẓahaa huzuwaa: ʹulaaaʹika lahum ʻAẓaabum muheen.

    އަދި ތިމަން ރަސްކަލާނގެ އާޔަތްތަކުން ކޮންމެވެސް މިންވަރެއް - އެބަހީ قرآن ން ކޮންމެވެސް މިންވަރެއް - އެފަދަ މީހާއަށް އެނގިއްޖެއްޔާ އޭނާ އެއަށް މަލާމާތްކޮށް، ފުރައްސާރަކުރާން ފަށައެވެ. އެފަދަ ކޮންމެ މީހަކަށް ހުރީ ހަމަ ކަނޑައެޅިގެން އިހާނާތްތެރި عذاب އެވެ. (قرآن ގެ އާޔަތަކަށް ނުވަތަ ސޫރަތަކަށް މަލާމާތްކޮށްލި ކޮންމެ މީހަކު މި حكم ތެރެއަށް ވަންނާނޭކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ.)

  10. 10

    مِّن وَرَآئِهِمْ جَهَنَّمُ ۖ وَلَا يُغْنِى عَنْهُم مَّا كَسَبُوا۟ شَيْـًٔا وَلَا مَا ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ ۖ وَلَهُمْ عَذَابٌ عَظِيمٌ

    Miñw Waraaaʹihim Jahannam: wa-laa yug̣nee ʻanhum maa kasaboo shayʹañw walaa mat takhaẓoo miñ doonil laahi ʹawliyaaaʹ: wa-lahum ʻAẓaabun ʻaz̤̣eem.

    (ދެން އެފަދަ މީހާ) އޭނާގެ ކުރިމަތީގައި (قيامة ދުވަހުން) އޮތީ ހަމަ ނަރަކައެވެ. އެދުވަހުން އޭނާ ހޯދި މުދަލަކުންވެސް، އަދި ދަރީންގެ ކިބައިން ވިޔަސް އަދި ﷲ ފިޔަވައި އޭނާ ސަހަރޯވެރީން ކަމުގައި ބަލައިގެން އޭނާ އަޅުކަންކުރި ފަރާތްތަކުންވެސް، އަދި އޭނާ ކުރި އެހެން عمل އަކުންވެސް އޭނާއަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެއެވެ. އޭނާއަށް ހުރީ ބޮޑުވެގެންވާ عذاب އެވެ.

  11. 11

    هَـٰذَا هُدًى ۖ وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ رَبِّهِمْ لَهُمْ عَذَابٌ مِّن رِّجْزٍ أَلِيمٌ

    Haaẓaa Hudaa: wal-laẓeena kafaroo biʹAayaati Rabbihim lahum ʻAẓaabum mir rijzin ʹaleem.

    މިއީ ހަމަ ތެދުމަގެކެވެ. އެބަހީ މި قرآن އަކީ މުޅީންވެސް ހަމަ ތެދުމަގެވެ. އަދި އެބަޔަކު އެބަޔަކުގެ ربّ ގެ އާޔަތްތަކަށް - އެބަހީ قرآن އަށް - ކާފަރުވެއްޖެ ބަޔަކު (ދަންނައެވެ.) އެމީހުންނަށް ހުރީ رِجْز އެވެ ކިޔާ ވޭންދެނިވި عذاب އެވެ. رِجْز އަކީ އެންމެގަދަ عذاب އެވެ.

  12. 12

    ۞ ٱللَّهُ ٱلَّذِى سَخَّرَ لَكُمُ ٱلْبَحْرَ لِتَجْرِىَ ٱلْفُلْكُ فِيهِ بِأَمْرِهِۦ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ

    ʹAllaahul laẓee sakhkhara lakumul baḥra litajriyal fulku feehi biʹamrihee wa-litabtag̣oo miñ Faḍlihee wa-laʻallakum tashkuroon.

    ﷲ އެއީ ތިޔަބައިމީހުންނަށް ޓަކައި ކަނޑު ކިޔަމަންކުރެއްވި ކަލާނގެއެވެ. އެއީ އެކަލާނގެ أمر ފުޅަށް ތިޔަބައިމީހުން ނައުދޯނގުފަހަރު (މޫދުގައި ދުއްވާ އެންމެހައި އުޅަނދުފަހަރު) އެ ކަނޑުގައި ދުއްވުމަށް ޓަކައެވެ. އަދި އެކަން އެގޮތަށް ލެއްވީ އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން ތިޔަބައިމީހުން ބޭނުންތައް ލިބިގަތުމަށް ޓަކައެވެ. (ދަތުރުފަތުރުކޮށް، ވިޔަފާރީގެ އެންމެހައި ކަމަކަށާއި، حياة ގެ ގިނަ ކަންތައްތަކެއް ހަމަޖެއްސުމަށް ޓަކައެވެ.) އަދި އެ ކަންކަން އެގޮތަށް ލެއްވީ ތިޔަބައިމީހުން ﷲ އަށް شكر ކުރުމަށް ޓަކައެވެ. شكر ކުރޭތޯއެވެ.

  13. 13

    وَسَخَّرَ لَكُم مَّا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ جَمِيعًا مِّنْهُ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَتَفَكَّرُونَ

    Wa-sakhkhara lakum maa fis samaawaati wa-maa fil ʹarḍi jameeʻam minh: ʹinna fee ẓaalika laʹAayaatil liq̣awmiñy yatafakkaroon.

    އަދި އެކަލާނގެއީ ތިޔަބައިމީހުންނަށް ޓަކައި އުޑުތަކާއި، ބިމުގައި ވާ އެންމެހައި ތަކެތި ކިޔަމަން ކޮށްދެއްވި ކަލާނގެއެވެ. އެ ހުރިހައި އެއްޗެއް ވަނީ ހަމަ ﷲ ގެ حضرة ންނެވެ. ހަމަކަށަވަރުން ކަންކަމަށް فكر ކޮށް، ވިސްނާ ބަޔަކަށް (އެކަލާނގެ އެއްކައުވަންތަ ކަމުގެ) ހެއްކާއި، دليل އަދި حجّة މި ކަންކަމުގައި ވެއެވެ.

  14. 14

    قُل لِّلَّذِينَ ءَامَنُوا۟ يَغْفِرُوا۟ لِلَّذِينَ لَا يَرْجُونَ أَيَّامَ ٱللَّهِ لِيَجْزِىَ قَوْمًۢا بِمَا كَانُوا۟ يَكْسِبُونَ

    Q̣ul lillaẓeena ʹaamanoo yag̣firoo lillaẓeena laa- yarjoona ʹAyyaamal laahi liyajziya Q̣awmam bimaa kaanoo yaksiboon.

    (އޭ رسول الله އެވެ!) ﷲގެ عداوة ގެ ތެރީންނަށް އެކަލާނގެ ދެއްވަމުން ގެންދަވާނެ عذاب އާއި، مصيبة އާއި، އުނދަގޫތަކާމެދު ބިރުވެތިނުވެ އުޅޭ ކާފަރުންނާއި، مشرك ންގެ ކަންތަކާމެދު އެމީހުންނަށް عفوء ކުރައްވައި، އެކަމާ (އަދި) އަޅައިނުލާން مؤمن ންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ދަންނައެވެ. މިއާޔަތުގެ މި حكم މިއީ ހަނގުރާމައިގެ އާޔަތް ބާވައިލެއްވުމުގެ ކުރީން އޮތް حكم އެއް ކަމުގައި مفسّر ން ވިދާޅުވެއެވެ. ހަނގުރާމައިގެ އާޔަތް ބާވައިލައްވައި، توبة ސޫރަތުގެ އާޔަތްތައް ބާވައިލެއްވުމުން އެމީހުންނަށް عفوء ކޮށް، ދޫދިނުން ނިމުނީއެވެ. والله أعلم\nއަދި އެކަން އެ ހެއްދެވީ ބަޔަކު މީހުންނަށް އެމީހުން ކުރި ހެޔޮ عمل ތަކުގެ ފުރިހަމަ جزاء އާއި، ثواب އެމީހުންނަށް ދެއްވުމަށެވެ. (މިބުނި މީހުންނަކީ مؤمن ންނެވެ. إسلام دين ގެ ކުރީކޮޅު އެމީހުންނަށް އުނދަގޫތަކާއި، عذاب ތައް، ކާފަރުންގެ ފަރާތުން ލިބުމާއެކުވެސް ކެތްތެރިވެގެން ތިބުމަށް مؤمن ންނަށް އެންގެވިއެވެ. އެ ލިބުނު އުނދަގޫތަކާއި، ކުރި ކެތްތެރިކަމަށް ﷲ އެމީހުންނަށް ގިނަގުނަ ދަރުމަޔާއި، ثواب ދެއްވާނެއެވެ.)

  15. 15

    مَنْ عَمِلَ صَـٰلِحًا فَلِنَفْسِهِۦ ۖ وَمَنْ أَسَآءَ فَعَلَيْهَا ۖ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ

    Man ʻamila ṣaaliḥañ falinafsih; wa-man ʹasaaaʹa faʻalayhaa. S̤umma ʹilaa Rabbikum turjaʻoon.

    ފަހެ صالح عمل އެއް ކޮށްފި މީހާ (ދަންނައެވެ.) އެ صالح عمل ގެ ދަރުމަޔާއި، ثواب އޮތީ ހަމަ އޭނާއަށެވެ. އޭނާގެ نفس އަށެވެ. އަދި ނުބައިކަމެއް ކޮށްފި މީހާވެސް (ދަންނައެވެ.) އެކަމުގެ عذاب އާއި، عقوبة އޮންނާނީ ހަމަ އޭނާއަށެވެ. އެކަން އޭނާއަށް އޮންނާނެއެވެ. ދެން (މަރުވުމަށްފަހު) ތިޔަބައިމީހުން އެނބުރި رجوع ވުން ވަނީ ހަމަ ތިޔަބައިމީހުންގެ ربّ ގެ حضرة އަށެވެ.

  16. 16

    وَلَقَدْ ءَاتَيْنَا بَنِىٓ إِسْرَٰٓءِيلَ ٱلْكِتَـٰبَ وَٱلْحُكْمَ وَٱلنُّبُوَّةَ وَرَزَقْنَـٰهُم مِّنَ ٱلطَّيِّبَـٰتِ وَفَضَّلْنَـٰهُمْ عَلَى ٱلْعَـٰلَمِينَ

    Wa-laq̣ad ʹaataynaa Baneee ʹIsraaaʹeelal Kitaaba wal-Ḥukma wan-Nubuwwa wa-razaq̣naahum minaṭ Ṭayyibaati wa-faḍḍalnaahum ʻalal ʻaalameen.

    އަދި ހަމަކަށަވަރުން بني إسرائيل ންނަށް (موسى عليه السلام މެދުވެރި ކުރައްވައި) ތިމަން ރަސްކަލާނގެ ފޮތް ދެއްވީމެވެ. އެއީ توراة އެވެ. އަދި މީސްތަކުންގެ މެދުގައި حكم ކުރުމަށް ޓަކައި ވިސްނުމާއި، އަދި فقه ވެރިކަން ދެއްވީމެވެ. އަދި އެ ދަރިކޮޅުގައި نبي ކަންވެސް ލެއްވީމެވެ. (ގިނަ نبي ބޭކަލުން އެ ދަރިކޮޅުން ﷲ ފޮނުއްވިއެވެ.) އަދި حلال ރަނގަޅު، މީރު ކާނާ ތިމަން ރަސްކަލާނގެ އެމީހުންނަށް ދެއްވީމެވެ. (އޭގެ ތެރޭގައި منّ އާއި، سلوى ވެސް ވެއެވެ.) އަދި އޭރު ދުނިޔޭގައި ތިބި އެންމެންގެ މައްޗަށް ތިމަން ރަސްކަލާނގެ އެމީހުން މާތްކުރެއްވީމެވެ.

  17. 17

    وَءَاتَيْنَـٰهُم بَيِّنَـٰتٍ مِّنَ ٱلْأَمْرِ ۖ فَمَا ٱخْتَلَفُوٓا۟ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۚ إِنَّ رَبَّكَ يَقْضِى بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ

    Wa-ʹaataynaahum̃ Bayyinaatim minal ʹamr: famakh talafooo ʹillaa mim baʻdi maa- jaaaʹahumul ʻilmu bag̣yam baynahum. ʹInna Rabbaka yaq̣ḍee baynahum Yawmal Q̣iyaamati feemaa kaanoo feehi yakhtalifoon.

    އަދި حلال އާއި، حرام ގެ ތެރެއިން بيان ވެ ފައުޅުވެގެން شريعة އެމީހުންނަށް އެންގެވީމެވެ. (ނުވަތަ ފަހު ޒަމާނުގެ نبي އާ محمّد ﷺ ފޮނުއްވުމާއި، އެކަލޭގެފާނުންގެ نبي ކަމުގެ خبر އާ ބެހޭ علم އެމީހުންނަށް އެންގެވީމެވެ. މި އާޔަތުގައި މި ދެމާނަ مفسّر ން ލިޔުއްވައެވެ. والله أعلم) ދެންފަހެ އެ ދެކަމާބެހޭ علم އަދި معلومات ރަނގަޅަށް އެނގުމަށްފަހުގައި މެނުވީ އެމީހުން ދެބަސްވެ، إختلاف ނުވެއެވެ. (އެމީހުން إختلاف ވީ ވެރިކަމާމެދު) އެމީހުންގެ އެކަކު އަނެކަކުގެ މައްޗަށް އޮތް ރުޅިވެރިކަމާއި، حسد ވެރިކަމުންނެވެ. ނުވަތަ محمّد ﷺ އާމެދު އެމީހުންގެ މެދުގައި އޮތް حسد ވެރިކަމުންނެވެ.\n(އޭ رسول الله އެވެ.) އެމީހުންގެ މެދުގައި އެކަމާމެދު ދެބަސްވެ، إختلاف ވާ ކަންތައްތަކަށް قيامة ދުވަހުން ކަލޭގެފާނުންގެ ربّ އެމީހުންގެ މެދުގައި ނިޔާކުރައްވާ ހުއްޓެވެ.

  18. 18

    ثُمَّ جَعَلْنَـٰكَ عَلَىٰ شَرِيعَةٍ مِّنَ ٱلْأَمْرِ فَٱتَّبِعْهَا وَلَا تَتَّبِعْ أَهْوَآءَ ٱلَّذِينَ لَا يَعْلَمُونَ

    S̤umma jaʻalnaaka ʻalaa Shareeʻatim minal ʹamri fattabiʻhaa wa-laa tattabiʻ ʹahwaaa ʹallaẓeena laa- yaʻlamoon.

    ދެން ތިމަން ރަސްކަލާނގެ ކަލޭގެފާނު ވަކި شريعة އެއްގެ މައްޗަށްލެއްވީމެވެ. ވަކި منهج އަކަށް ލެއްވީމެވެ. އެއީ دين ގެ ކަންތަކުގައެވެ. ފަހެ ކަލޭގެފާނު އެ شريعة އާއި، އަދި އެ މަގާ تبع ވެވަޑައިގަންނަވާށެވެ. އަދި ނުދަންނަ މީހުންގެ هوى نفس އެދޭގޮތާ تبع ވެވަޑައި ނުގަންނަވާށެވެ!

  19. 19

    إِنَّهُمْ لَن يُغْنُوا۟ عَنكَ مِنَ ٱللَّهِ شَيْـًٔا ۚ وَإِنَّ ٱلظَّـٰلِمِينَ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۖ وَٱللَّهُ وَلِىُّ ٱلْمُتَّقِينَ

    ʹInnahum lañy yug̣noo ʹañka minal laahi shayʹaa: wa-ʹinnaz̤̣ z̤̣aalimeena baʻḍuhum ʹawliyaaaʹu baʻḍ: wallaahu Wa-liyyul Muttaq̣een.

    (ކަލޭގެފާނު އެމީހުންގެ މަގާ تبع ވެވަޑައިގެންފިއްޔާ) ދެން ﷲ ގެ حضرة ން އަތުވެދާނޭ އެއްވެސް އުނދަގުލެއް އަދި عذاب އެއް ކަލޭގެފާނުންގެ ކިބައިން دفاع ކޮށްދިނުމަށް އެމީހުންނަށް އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެއެވެ. އަދި ހަމަކަށަވަރުން އަނިޔާވެރީންނަކީ، (مشرك ންނާއި منافق ންނާއި، يهودي ންނަކީ) އޭގެ އެއްބަޔަކު އަނެއް ބަޔަކަށް ސަހަރޯވެރީންނެވެ. އަދި ﷲ އީ تقوى ވެރީންގެ ސަހަރޯވެރިޔާއެވެ.

  20. 20

    هَـٰذَا بَصَـٰٓئِرُ لِلنَّاسِ وَهُدًى وَرَحْمَةٌ لِّقَوْمٍ يُوقِنُونَ

    Haaẓaa Baṣaaaʹiru linnaasi wa-Hudañw wa-Raḥmatul liq̣awmiñy yooq̣inoon.

    މިއީ، އެބަހީ شريعة އާ ތަބާ ވުމަށް އެންގެވި އެންގެވުމަކީ، މީސްތަކުންނަށް ވާ إعلان އެކެވެ. (ނުވަތަ މި قرآن އަކީ މީސްތަކުންނަށް ވާ ހިތުގެ ލޮލެކެވެ. منفع ކުރާ ތަކެއްޗާއި، ގެއްލުންދޭ ތަކެތި އެއިން ފެންނާނެއެވެ.) އަދި އެއީ ޝައްކު ނުކޮށް، يقين ކުރާ ބަޔަކަށް ވާ ތެދުމަގަކާއި، އަދި رحمة އެކެވެ.

  21. 21

    أَمْ حَسِبَ ٱلَّذِينَ ٱجْتَرَحُوا۟ ٱلسَّيِّـَٔاتِ أَن نَّجْعَلَهُمْ كَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَوَآءً مَّحْيَاهُمْ وَمَمَاتُهُمْ ۚ سَآءَ مَا يَحْكُمُونَ

    ʹAm ḥasibal laẓeenaj taraḥus sayyiʹaati ʹan najʻalahum kallaẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati sawaaaʹam maḥyaahum wa-mamaatuhum? Saaaʹa maa- yaḥkumoon.

    އަދި ކިޔެއް ހެއްޔެވެ؟ އެމީހުން ހީކުރަނީ ގަސްތުގައި ނުބައި ކަންތަކަށް އަރައިގަންނަ މީހުންނާއި، އީމާންވެގެން صالح عمل ތައް ކުރި މީހުންނާ، މި ދެބައިމީހުން އެއްފަދަ ވާނޭ ކަމަށެވެ. އެގޮތަށް ތިމަން ރަސްކަލާނގެ ހައްދަވާނޭ ކަމަށެވެ. އެމީހުންގެ ދުނިޔޭގެ حياة އާއި، މަރުވުމަށްފަހު ދެން އޮންނަ އާޚުރަތުގެ حياة ގައިވެސް ދެބައިމީހުން އެއްވަރުވާނޭ ކަމަށެވެ. އެހެންކަމަށް ވަންޏާ، އެމީހުންގެ އެ ނިޔާއަކީ ނުބައިވެގެންވާ ނިޔާއެކެވެ. އެއީ ނުބައި حكم އެކެވެ. (ނުބައިކޮށް އުޅޭ މީހުންނާއި، ހެޔޮލަފާކޮށް صالح عمل ކުރި މީހުންނާ ދެބައިމީހުން ދުނިޔޭގެ حياة ގައި، ފަހަރެއްގައި އެއްވަރު ވެދާނެއެވެ. އަދި ނުލަފާ މީހާގެ حياة ގެ ކަންތައް ދުނިޔޭގައި ފަސޭހަވެސް ބައެއް ފަހަރު ވެދާނެއެވެ. ނަމަވެސް ނުލަފާ ކަންތައް ކުރި މީހުންނަށް آخرة ގެ حياة ގައި ހުންނާނީ ނަރަކައެވެ. ހެޔޮކަންތައް ކޮށް صالح عمل ކުރި މީހުންނަށް ހުންނާނީ ސުވަރުގެއެވެ. އެތާނގެ ހިމަނައި ނުގަނެވޭހާ نعمة އެވެ. މި ދެބައިމީހުން އެއްވަރުވާނީ ކޮންފަދައަކުން ހެއްޔެވެ؟

  22. 22

    وَخَلَقَ ٱللَّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ وَلِتُجْزَىٰ كُلُّ نَفْسٍۭ بِمَا كَسَبَتْ وَهُمْ لَا يُظْلَمُونَ

    Wa-khalaq̣al laahus samaawaati wal-ʹarḍa bilḥaq̣q̣i wa-litujzaa kullu nafsim bimaa kasabat wa-hum laa- yuz̤̣lamoon.

    އަދި ﷲ تعالى އުޑުތަކާއި، ބިން ހެއްދެވީ ހަމަ عدل ވެރި حقّ ގޮތުގައެވެ. އަދި ހަމަ އެފަދައިން ކޮންމެ نفس އަކަށްވެސް އެ نفس އެއް ހޯދައިގަތް އެއްޗެއްގެ جزاء ދެއްވުމަށެވެ. އަދި (އެދުވަހުން، އެބަހީ آخرة ދުވަހުން) އެމީހުންނަށް އަނިޔާ ނުވެވޭނެއެވެ.

  23. 23

    أَفَرَءَيْتَ مَنِ ٱتَّخَذَ إِلَـٰهَهُۥ هَوَىٰهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِۦ وَقَلْبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَـٰوَةً فَمَن يَهْدِيهِ مِنۢ بَعْدِ ٱللَّهِ ۚ أَفَلَا تَذَكَّرُونَ

    ʹAfaraʹayta manit takhaẓa ʹilaahahoo hawaahu wa-ʹaḍal-lahul laahu ʻalaa ʻilmiñw Wakhatama ʻalaa samʻihee wa-q̣albihee wa-jaʻala ʻalaa baṣarihee g̣ishaawah. Famañy yahdeehi mim baʻdil laah? ʹAfalaa taẓakkaroon?

    ތިމާގެ إله އަކީ ތިމާގެ هوى نفس ކަމުގައި ހަދައިގެން އުޅޭ މީހާ (ނުވަތަ މީހުން) ކަލޭގެފާނު ފަހެ ދެކެވަޑައިނުގަންނަވަނީ ތޯއެވެ؟ އަދި ﷲ تعالى އޭނާ މަގުފުރެއްދެވީއެވެ. އެއީ އޭނާއަށް އެކަން حقّ ކަމުގައި ﷲ ދެނެވޮޑިގެން ވާތީއެވެ. އަދި (ހެޔޮ އެއްޗެއް حاصل ނުކުރެވޭ ގޮތުން) އޭނާގެ އިވުމުގައްޔާއި، އޭނާގެ ހިތުގައި ﷲ ސިއްކަ ޖެއްސެވިއެވެ. އަދި އޭނާގެ ލޮލުގެ މަތީގައި ވަނީ މަތިގަނޑެކެވެ. ހުރަހެކެވެ. ފަހެ ﷲ އޭނާ މަގުފުރެއްދެވުމަށްފަހު ދެން އޭނާއަށް ތެދުމަގު ދައްކާނީ ކާކު ހެއްޔެވެ؟ (މި ކަންކަމުން) ތިޔަބައިމީހުން نصيحة އާއި، وعظ ލިބިނުގަންނާނޭ ހެއްޔެވެ؟\n(ދަންނައެވެ. ތެދުމަގާއި، إيمان ކަން ދޫކޮށް، ކާފަރުކަން إختيار ކުރާ ކޮންމެ މީހަކު އަޅުކަންކުރާނީ އޭނާގެ هوى نفس އަށެވެ. އެމީހަކަށް ފެންނަ އެއްޗަކަށެވެ. އޭނާ إيمان ކަމާއި، ތެދުމަގު إختيار ނުކުރިކަމަށް ޓަކައި ﷲ އޭނާ މަގުފުރައްދަވައެވެ. އޭނާގެ އިވުމާއި، ފެނުމާއި، އަދި ހިތުގައި ﷲ ސިއްކަ ޖައްސަވައެވެ. އެބަހީ ހެޔޮބަހެއް އިވުމުގެ، ހެޔޮ އެއްޗެއް ފެނުމުގެ، އަދި ހެޔޮ އެއްޗެއް ވިސްނުމުގެ توفيق އެއް އޭނާއަކަށް ނުހުންނާނެއެވެ. އަލުންވެސް ﷲ އޭނާއަށް ތެދުމަގު ދެއްކެވިއްޔާ މެނުވީ އޭނާއަކަށް ތެދުމަގު ނުލިބޭނެއެވެ.)

  24. 24

    وَقَالُوا۟ مَا هِىَ إِلَّا حَيَاتُنَا ٱلدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَآ إِلَّا ٱلدَّهْرُ ۚ وَمَا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَظُنُّونَ

    Wa-q̣aaloo maa- hiya ʹillaa ḥayaatunad dunyaa namootu wa-naḥyaa wa-maa yuhlikunaaa ʹillad Dahr. Wa-maa lahum̃ biẓaalika min ʻilm: ʹin hum ʹillaa yaz̤̣unnoon.

    އަދި އެ ކާފަރުން ބުނެއެވެ. މި ދުނިޔޭގެ حياة ނޫން ދެން އެހެން حياة އެއް، އަހުރެމެންނަކަށް ނުވެއެވެ. އެ حياة ގައި އެއްބަޔަކު ދިރި، އަނެއް ބަޔަކު މަރުވަމުން ދަނީއެވެ. އަދި ޒަމާން މެނުވީ އަހުރެމެން ހަލާކު ކުރާ ކަމުގައި ނުވެއެވެ. އެބަހީ އެއްބަޔަކު ދިރި، އަނެއް ބަޔަކު މަރުވަމުން މިދަނީ ޒަމާނުގެ ދައުރު ކުރުމުންނެވެ. އެއީ ޒަމާނުގެ އާދައެވެ. އެއަކު އެހެން ކަމެއް ވަކި އޮތީއެއް ނޫނެވެ.\nއެހެން ނަމަވެސް އެމީހުން އެހެން ބުނަނީ އެއްވެސް دليل އެއް، އަދި އެނގުމެއް އެމީހުންނަށް އޮވެގެން ނޫނެވެ. ހަމަ ބުނާ ބުނުމެކެވެ. ހަމަ ހުސް ހީތަކެއް ކުރާ ބަޔަކު ކަމުގައި މެނުވީ އެމީހުން ނުވެއެވެ.

  25. 25

    وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍ مَّا كَانَ حُجَّتَهُمْ إِلَّآ أَن قَالُوا۟ ٱئْتُوا۟ بِـَٔابَآئِنَآ إِن كُنتُمْ صَـٰدِقِينَ

    Wa-ʹiẓaa tutlaa ʻalayhim ʹAayaatunaa Bayyinaatim maa kaana ḥujjatuhum ʹillaaa ʹañ q̣aaluʹ too biʹaabaaaʹinaaa ʹiñ kuñtum ṣaadiq̣een!

    އަދި بيان ވެ، ފައުޅުވެގެންވާ އާޔަތްތައް އެމީހުންގެ މައްޗަށް ކިޔެވިއްޖެއްޔާވެސް އެމީހުން މިފަދައިން ބުނުން ނޫން އެހެން އެއްވެސް حجّة އެއް دليل އެއް ނުވެއެވެ. އެމީހުން ބުނެއެވެ. ތިޔަބައިމީހުން ތިޔަ ބުނަނީ ތެދެއް ކަމުގައި ވަންޏާ މަރުވެ ގޮސްފައިވާ އަހުރެމެންގެ ކާބަފައިން ނިކަން (ދިރުވައިގެން) ގެނަސްދީބަލާށެވެ. (އެމީހުންގެ حجّة އަކީ އެއީއެވެ. އެހެން އެއްވެސް دليل އެއް ނޯވެއެވެ. حقيقة ގައި އެއީ ކަމާ ނުބެހޭ ވާހަކައެކެވެ. އެހެނީ ދިރުއްވައި، އެއްކުރައްވާނޭ ކަމަށް އަންގަވަނީ قيامة ދުވަހުންނެވެ. ދުނިޔޭގައި ދެވަނަ ފަހަރަށް ދިރުއްވާ ވާހަކައެއް ނާންގަވައެވެ.

  26. 26

    قُلِ ٱللَّهُ يُحْيِيكُمْ ثُمَّ يُمِيتُكُمْ ثُمَّ يَجْمَعُكُمْ إِلَىٰ يَوْمِ ٱلْقِيَـٰمَةِ لَا رَيْبَ فِيهِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

    Q̣ulil laahu yaḥyeekum s̤umma yumeetukum s̤umma yajmaʻukum ʹilaa Yawmil Q̣iyaamati laa- rayba feehi wa-laakinna ʹaks̤aran naasi laa- yaʻlamoon.

    (އޭ رسول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (ދުނިޔޭގައި ކަލޭމެންގެ އަސަރުވެސް ނެތީސް) ކަލޭމެން ދިރުއްވަނީ ﷲ އެވެ. ދެން ދުނިޔޭގައި އުޅެ، ކަލޭމެންގެ عمر ހަމަވުމުން މަރުއްވަނީވެސް ހަމަ އެކަލާނގެއެވެ. (ކުރި عمل ތަކަށް ދެން ހިސާބު ބައްލަވައި، ޖަޒާދެއްވުމަށް) ކަލޭމެން އެއްކުރައްވާ، محشر ކުރައްވާނީވެސް ހަމަ އެކަލަނގެއެވެ. އެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ. އެހެން ނަމަވެސް ގިނަ މީހުންނަކަށް އެކަމެއް ނޭނގެއެވެ.

  27. 27

    وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَيَوْمَ تَقُومُ ٱلسَّاعَةُ يَوْمَئِذٍ يَخْسَرُ ٱلْمُبْطِلُونَ

    Wa-lillaahi Mulkus samaawaati wal-ʹarḍ. Wa-Yawma taq̣oomus Saaʻatu Yawmaʹiẓiñy yakhsarul mubṭiloon!

    އަދި އުޑުތަކާއި، ބިމުގެ މުޅި ملك - (އެންމެހައި ތަކެތި) - خاصّ ވެ، މިލްކުވެގެން ވަނީ ހަމަ ﷲ އަށެވެ. (އެ ތަކެއްޗަކީ އެކަލާނގެ ތަކެއްޗެވެ. އެކަލާނގެއީ އެތަކެތީގެ ވެރިޔާއެވެ.) އަދި قيامة قائم ވާ ދުވަހުން ދޮގުވެރީންނާއި، ކާފަރުންނާއި، އަދި އެންމެހައި باطل عقيدة ތަކުގެ أهل ވެރީން ގެއްލި ހަލާކުވާ ހުއްޓެވެ.

  28. 28

    وَتَرَىٰ كُلَّ أُمَّةٍ جَاثِيَةً ۚ كُلُّ أُمَّةٍ تُدْعَىٰٓ إِلَىٰ كِتَـٰبِهَا ٱلْيَوْمَ تُجْزَوْنَ مَا كُنتُمْ تَعْمَلُونَ

    Wa-taraa kulla ʹummatiñ JAAS̤IYAH: Kullu ʹummatiñ tudʻaaa ʹilaa Kitaabihaa; ʹal-Yawma tujzawna maa- kuñtum taʻmaloon!

    އަދި ކޮންމެ ދީނެއްގެ، އަދި ކޮންމެ ملّة އެއްގެ أهل ވެރި ބަޔަކުވެސް قيامة ދުވަހުން ކަލޭގެފާނު ދެކެވަޑައިގަންނަވާހީ ކަކުލާއި، ފައިގެ އިނގިލިތަކާ އެކަނި ބިންމަތީ ޖައްސައިގެން އިށީނދެގެން ވަނިކޮށެވެ. (އެއީ އެދުވަހުގެ ބިރުވެރިކަމާއި، ނުރައްކާކަމުންނެވެ. حساب ބައްލަވާއިރުވެސް ތިބޭނީ އެގޮތަށެވެ.) އަދި ކޮންމެ أمّة އަކަށްވެސް އެ أمّة އަކަށް ބާވައިލެއްވުނު ފޮތުގެ ނަމުން ގޮވޭނެއެވެ. އަދި އެމީހުންނަށް އެންގޭނެއެވެ. ތިޔަބައިމީހުން ދުނިޔޭގައި ކުރި ކަންތަކަށް މިއަދު ތިޔަބައިމީހުންނަށް جزاء ދެއްވޭނެއެވެ.

  29. 29

    هَـٰذَا كِتَـٰبُنَا يَنطِقُ عَلَيْكُم بِٱلْحَقِّ ۚ إِنَّا كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ

    Haaẓaa Kitaabunaa yañṭiq̣u ʻalaykum̃ bilḥaq̣q̣; ʹinnaa kunnaa nastañsikhu maa- kuñtum taʻmaloon.

    އަދި މިއޮތީ ތިމަން ރަސްކަލާނގެ ފަތެވެ. (އެބަހީ މަލާއިކަތް ބޭކަލުން ލައްވައި ތިމަން ރަސްކަލާނގެ ލިޔުއްވި ކަލޭމެންގެ عمل ގެ ފަތެވެ.) އެ ފަތް ހަމަ حقّ ގޮތުގައި ކަލޭމެންގެ މައްޗަށް ބަސްބުނާނެއެވެ.

  30. 30

    فَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَيُدْخِلُهُمْ رَبُّهُمْ فِى رَحْمَتِهِۦ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْمُبِينُ

    Faʹammal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati fayudkhiluhum Rabbuhum fee Raḥmatih. Ẓaalika huwal Fawzul mubeen.

    ފަހެ إيمان ވެގެން صالح عمل ތައް ކުރި މީހުން ދަންނައެވެ. އެބައިމީހުންގެ ربّ އެކަލާނގެ رحمة ގެ ތެރެއަށް، އެބަހީ ސުވަރުގެއަށް އެމީހުން ވައްދަވާ ހުއްޓެވެ. بيان ވެގެންވާ ނަސީބަކީ އެއީއެވެ.

  31. 31

    وَأَمَّا ٱلَّذِينَ كَفَرُوٓا۟ أَفَلَمْ تَكُنْ ءَايَـٰتِى تُتْلَىٰ عَلَيْكُمْ فَٱسْتَكْبَرْتُمْ وَكُنتُمْ قَوْمًا مُّجْرِمِينَ

    Wa-ʹammal laẓeena kafaroo: ʹafalam takun ʹAayaatee tutlaa ʻalaykum fastakbartum wa-kuñtum q̣awmam mujrimeen?

    އަދި ކާފަރުވެއްޖެ މީސްތަކުން ދަންނައެވެ. އެމީހުންނަށް އެދުވަހުން އެންގޭނެއެވެ. (ކަލޭމެން ދުނިޔޭގައި ތިބިއިރު) ތިމަން ރަސްކަލާނގެ އާޔަތްތައް ތިޔަބައިމީހުންގެ މައްޗަށް ކިޔެވޭކަމުގައި ނުވޭ ހެއްޔެވެ؟ (އެބަހީ ކިޔެވޭކަމުގައި ވިއެވެ.) ދެން ތިޔަބައިމީހުން އެއަށް ބޮޑާވެ، كبر ވެރިވީއެވެ. އަދި ތިޔަބައިމީހުން ވީ ފާފަވެރި، ނުބައި مجرم ން ކަމުގައެވެ.

  32. 32

    وَإِذَا قِيلَ إِنَّ وَعْدَ ٱللَّهِ حَقٌّ وَٱلسَّاعَةُ لَا رَيْبَ فِيهَا قُلْتُم مَّا نَدْرِى مَا ٱلسَّاعَةُ إِن نَّظُنُّ إِلَّا ظَنًّا وَمَا نَحْنُ بِمُسْتَيْقِنِينَ

    Wa-ʹiẓaa q̣eela ʹinna waʻdallaahi ḥaq̣q̣uñw was Saaʻatu laa- rayba feehaa q̣ultum maa nadree mas Saaʻatu ʹin naz̤̣unnu ʹillaa z̤̣annañw wamaa naḥnu bimustayq̣ineen.

    އަދި ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ حقّ އެކެވެ. (އެބަހީ މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި، محشر ކުރެއްވުމުގެ وعد ފުޅު އެއީ حقّ އެކެވެ.) އަދި قيامة ދުވަހަކީ ޝައްކެއް ނެތި އަންނާނޭ ދުވަހެކެވެ. މިހެން ތިޔަބައިމީހުންނަށް ބުނެވިއްޖެއްޔާ ތިޔަބައިމީހުން ބުނެއެވެ. قيامة ދުވަސް އެއީ ކޮން ދުވަހެއްކަމެއް އަހުރެމެންނަކަށް ނޭނގެއެވެ. އެއީ ހަމަ ހީކޮށްގެން ދައްކާ ވާހަކައެއް ކަމުގައި މެނުވީ އަހުރެމެން ހީނުކުރަމެވެ. އަދި އެ ދުވަސް އެއީ އަންނާނޭ ދުވަހެއްކަން يقين ކުރާ ބަޔަކު ކަމުގައި އަހުރެމެން ނުވަމުއެވެ.

  33. 33

    وَبَدَا لَهُمْ سَيِّـَٔاتُ مَا عَمِلُوا۟ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ

    Wa-badaa lahum sayyiʹaatu maa- ʻamiloo wa-ḥaaq̣a bihim maa kaanoo bihee yastahziʹoon!

    އަދި އެދުވަހުން އެމީހުން ދުނިޔޭގައި ކުރި ކަންތަކުގެ ނުބައިކަން އެމީހުންނަށް ފައުޅުވާނެއެވެ. އަދި އެކަމާމެދު އެމީހުން މަލާމާތްކޮށް، ފުރައްސާރަކުރި ކަންތައް އެމީހުން ވަށައިލާނެއެވެ. އެއެއްޗަކީ عذاب އެވެ.

  34. 34

    وَقِيلَ ٱلْيَوْمَ نَنسَىٰكُمْ كَمَا نَسِيتُمْ لِقَآءَ يَوْمِكُمْ هَـٰذَا وَمَأْوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّـٰصِرِينَ

    Wa-q̣eelal Yawma nañsaakum kamaa naseetum Liq̣aaaʹa Yawmikum haaẓaa wa-maʹwaakumun Naaru wa-maa lakum min naaṣireen!

    އަދި (އެމީހުން ނަރަކައިގެ ގަދަ عذاب ގައި ތެޅިފޮޅި، ހަޅޭލަވަމުން ދާހިނދު) އެމީހުންނަށް އެންގޭނެއެވެ. ކަލޭމެން ދުނިޔޭގައި ތިބިއިރު، މި ދުވަހާ ބައްދަލުވާނޭކަން ހަނދާން ނައްތައިލި ފަދައިން ތިމަން ރަސްކަލާނގެވެސް މިއަދު ކަލޭމެން (ނަރަކައަށް ލުމަށްފަހު) ކަލޭމެންގެ މަތީން ހަނދާން ނައްތާލާ ހުށީމެވެ. އަދި ކަލޭމެންގެ ތަނަކީ ހަމަ ނަރަކައެވެ. އަދި ކަލޭމެންނަށް نصر ދީ، އެހީވާނޭ އެކަކުވެސް ނުވާނެއެވެ.

  35. 35

    ذَٰلِكُم بِأَنَّكُمُ ٱتَّخَذْتُمْ ءَايَـٰتِ ٱللَّهِ هُزُوًا وَغَرَّتْكُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ فَٱلْيَوْمَ لَا يُخْرَجُونَ مِنْهَا وَلَا هُمْ يُسْتَعْتَبُونَ

    Ẓaalikum̃ biʹannakumut takhaẓtum ʹAayaatil laahi huzuwañw wag̣arratkumul ḥayaatud dunyaa: fal-Yawma laa- yukhrajoona minhaa wa-laa hum yustaʻtaboon.

    ކަލޭމެންނަށް ތިޔަހެން ތިޔަވީ ކަލޭމެން (ދުނިޔޭގައި ތިބިއިރު) ﷲ ގެ އާޔަތްތަކަކީ އެއީ ކުޅޭކުޅޭ އެއްޗަކަށް ހަދައިލައި، އެއީ މަލާމާތްކުރެވޭ އެއްޗެއް ކަމުގައި ހަދައިލިކަމެވެ. އަދި ދުނިޔޭގެ ދިރިއުޅުން ކަލޭމެން ހައްލައި، އަވަދިކޮށްލީއެވެ. އެޔަށް ހެއްލިގަތީއެވެ.\nފަހެ ދެން މިއަދު އެމީހުން އެތަނުން، يعني ނަރަކައިން ނުނެރެވޭނެއެވެ. އަދި ﷲ ގެ ކިޔަމަންތެރިކަމުގެ ތެރެއަށް ވަނުމަށް އެދެވޭނޭ ބަޔަކު ކަމުގައި -އަދި ﷲ ރުހިވޮޑިގަންނަވާނޭ ގޮތަށް އުޅުމަށް އެދެވޭނޭ ބަޔަކު ކަމުގައި - އެމިހުން ނުވެއެވެ.

  36. 36

    فَلِلَّهِ ٱلْحَمْدُ رَبِّ ٱلسَّمَـٰوَٰتِ وَرَبِّ ٱلْأَرْضِ رَبِّ ٱلْعَـٰلَمِينَ

    Falillaahil Ḥamdu Rabbis samaawaati wa-Rabbil ʹarḍi Rabbil ʻAalameen!

    ފަހެ އެންމެހައި حمد އާއި، تعريف އާއި، ثناء އެއް حقّ ވެގެން ވަނީ ހަމަ ﷲ އަށެވެ. އެއީ އުޑުތަކުގެ ވެރި ربّ އެވެ. އަދި ބިމުގެވެސް ربّ އެވެ. އަދި އެންމެހައި عالم ތަކުގެ ވެރި ربّ އެވެ.

  37. 37

    وَلَهُ ٱلْكِبْرِيَآءُ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ

    Wa-lahul Kibriyaaaʹu fis samaawaati wal-ʹarḍ: wa-Huwal ʻAzeezul Ḥakeem!

    އަދި އުޑުތަކާއި، ބިމުގައިވެސް ކީރިތިކަމާއި، މާތްކަމާއި، كبرياء ވަންތަކަން خاصّ ވެގެން ވަނީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ عزّة ވަންތަ، حكمة ވަންތަ ކަލާނގެއެވެ.