Back to Quran

ޖުޒްއު

Juz 19

25:21 ... 27:55 · 339 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

  1. Surah Al-FurqanBegins here at 25:21

  2. 25:21

    ۞ وَقَالَ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا لَوْلَآ أُنزِلَ عَلَيْنَا ٱلْمَلَـٰٓئِكَةُ أَوْ نَرَىٰ رَبَّنَا ۗ لَقَدِ ٱسْتَكْبَرُوا۟ فِىٓ أَنفُسِهِمْ وَعَتَوْ عُتُوًّا كَبِيرًا

    Waq̣aalal laẓeena laa- yarjoona Liq̣aaaʹanaa Law-laaa ʹuñzila ʻalaynal malaaaʹikatu ʹaw naraa Rabbanaa? Laq̣adis takbaroo feee ʹañfusihim wa-ʻataw ʻutuwwañ kabeeraa!

    އަދި ތިމަންރަސްކަލާނގެއާއި ބައްދަލުވުމަށް ބިރުވެތި ނުވާމީހުން ނުވަތަ އެކަމަށް ނޭދޭމީހުން ބުނެއެވެ. (محمّد ގެފާނަކީ رسول އަކު ކަމުގެ خبر ދެއްވުމަށް) އަހުރެމެންގެގާތަށް ملائكة ބޭކަލަކު ފޮނުއްވާނެ ނަމައެވެ. ނުވަތަ މަލާއިކަތްބޭކަލަކު ނުފޮނުއްވީ ކީއްވެގެންބާވައެވެ؟ ނުވަތަ އަހުރެމެންގެ ربّ އަހުރެމެންނަށް ފެންނާނެނަމައެވެ! (އޭރުން އެކަލާނގެ އެކަލޭގެފާނުންގެ رسول ކަން ތެދުކަން އަންގަވައިފީހެވެ.) ހަމަކަށަވަރުން އެ مشرك ންގެ މީހުން ބޮޑާވެ އަދި ބޮޑާކަމާއި ނުކިޔަމަންތެރިކަމުގައި ހައްދުފަހަނަޅައިފިއެވެ.

  3. 25:22

    يَوْمَ يَرَوْنَ ٱلْمَلَـٰٓئِكَةَ لَا بُشْرَىٰ يَوْمَئِذٍ لِّلْمُجْرِمِينَ وَيَقُولُونَ حِجْرًا مَّحْجُورًا

    Yawma yarawnal malaaaʹikata laa- bushraa Yawmaʹiẓil lil-mujrimeena wa-yaq̣ooloona ḥijram maḥjooraa!

    އަދި އެމީހުން މަލާއިކަތްބޭކަލުން ދެކޭދުވަހުން އެބަހީ: قيامة ދުވަހުން އެއްވެސް އުފާވެރިކަމެއް އެ مجرم ންނަކަށް ނުވެއެވެ. އަދި އެބޭކަލުން (އެމީހުންނަށް ވިދާޅުވާނެއެވެ.) އުފާވެރިކަން ކަލޭމެނަށް حرام އެވެ. އަދި حرام ވެވިގެންވެއެވެ.

  4. 25:23

    وَقَدِمْنَآ إِلَىٰ مَا عَمِلُوا۟ مِنْ عَمَلٍ فَجَعَلْنَـٰهُ هَبَآءً مَّنثُورًا

    Wa-q̣adimnaaa ʹilaa maa- ʻamiloo min ʻamaliñ fajaʻalnaahu habaaaʹam mañs̤ooraa.

    އަދި އެމީހުން يعني: مُجْرِمُ ންގެ މީހުން ކުރިނަމަ ކުރިހެޔޮ عمل އަކާއިމެދު އިރާދަކުރެއްވިގޮތަކީ އެތަކެތި ވަޔަށް ބުރައިގެންދާ ކުނޑިތަކެއް (ނުވަތަ އަވިރޮނގުގެތެރޭ އެނބުރި އެނބުރި އެހުންނަ ކުނޑިތަކެއް) ފަދައިން އެމީހުންގެ عمل ތައް ތިމަންރަސްކަލާނގެ ލެއްވުމެވެ. (އެބަހީ: އެމީހުންގެ عمل ން އެމީހުންނަށް އެއްވެސް منفع އެއް ނުކުރާނެއެވެ.)

  5. 25:24

    أَصْحَـٰبُ ٱلْجَنَّةِ يَوْمَئِذٍ خَيْرٌ مُّسْتَقَرًّا وَأَحْسَنُ مَقِيلًا

    ʹAṣḥaabul Jannati Yawmaʹiẓin khayrum mustaq̣arrañw waʹaḥsanu maq̣eelaa.

    އެދުވަހުން ސުވަރުގޭގެ އެކުވެރިންވާނީ قرار ވެތިބުމަށް ހެޔޮވެގެންވާ ތަނެއްގައެވެ. އަދި އެމީހުން قَيْلُوْلَة ކުރާވަގުތު އަރާމުކުރާތަން ރަނގަޅުވެ ފައްކާވެގެންނެވެ. އެއީ ސުވަރުގެއެވެ.

  6. 25:25

    وَيَوْمَ تَشَقَّقُ ٱلسَّمَآءُ بِٱلْغَمَـٰمِ وَنُزِّلَ ٱلْمَلَـٰٓئِكَةُ تَنزِيلًا

    Wa-Yawma tashaq̣q̣aq̣us samaaaʹu bilg̣amaami wa-nuzzilal malaaaʹikatu tañzeelaa,

    އަދި غَمَامُ ފިޔަވައި، އެބަހީ: ހުދުވިލާގަނޑުން އުޑުފަޅަފަޅައިގެންގޮސް ކުދިކުދިވެ އަދި ކަނޑައެޅިގެން މަލާއިކަތްބޭކަލުން ފޮނުއްވެވި ބިމަށް ފައިބާވަޑައިގަންނަވާ ދުވަސް ހަނދުމަފުޅުކުރައްވާށެވެ! (އެއީ قيامة ދުވަހެވެ.)

  7. 25:26

    ٱلْمُلْكُ يَوْمَئِذٍ ٱلْحَقُّ لِلرَّحْمَـٰنِ ۚ وَكَانَ يَوْمًا عَلَى ٱلْكَـٰفِرِينَ عَسِيرًا

    ʹAlmulku Yawmaʹiẓinil ḥaq̣q̣u lir-Raḥmaan: wa-kaana Yawman ʻalal kaafireena ʻaseeraa.

    އެދުވަހުން ވެރިކަމާއި ރަސްކަން حقّ ގޮތުގައި އޮންނާނީ ހަމަ ސީދާ رحمن ވަންތަ ﷲ އަށެވެ. އަދި އެދުވަސްވަނީ ކާފަރުންގެމައްޗަށް ދަތިއުނދަގޫ ދުވަހެއްކަމުގައެވެ.

  8. 25:27

    وَيَوْمَ يَعَضُّ ٱلظَّالِمُ عَلَىٰ يَدَيْهِ يَقُولُ يَـٰلَيْتَنِى ٱتَّخَذْتُ مَعَ ٱلرَّسُولِ سَبِيلًا

    Wa-Yawma yaʻaḍḍuz̤̣ z̤̣aalimu ʻalaa yadayhi yaq̣oolu yaa-laytanit takhaẓtu maʻar Rasooli sabeelaa!

    އަދި އަނިޔާވެރިޔާ (مشرك މީހާ) އޭނާގެ ދެއަތުގައި އޭނާ ދަތްއަޅާދުވަސް (ހަނދާންކުރާށެވެ!). އޭނާ قيامة ދުވަހުން ބުނާނެއެވެ. އަހުރެން رسول އާއިއެކު މަގެއްހިފައި އެކަލޭގެފާނުންގެ މަގާއި تبع ވެވުނުނަމަ ކޮންފަދަ ރަނގަޅުވީސްހެއްޔެވެ؟

  9. 25:28

    يَـٰوَيْلَتَىٰ لَيْتَنِى لَمْ أَتَّخِذْ فُلَانًا خَلِيلًا

    Yaa-waylataa laytanee lam ʹattakhiẓ fulaanan khaleelaa!

    އޭ އަހުރެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ. (رسولއާގެ މަގުދޫކޮށް) އެވެނިމީހާ އަހުރެންގެ رحمة ތެރިއަކުކަމުގައި (تبع ވެވޭ މީހަކުކަމުގައި) ނުހިފުނުނަމަ ކިހާރަނގަޅުވީސްހެއްޔެވެ؟

  10. 25:29

    لَّقَدْ أَضَلَّنِى عَنِ ٱلذِّكْرِ بَعْدَ إِذْ جَآءَنِى ۗ وَكَانَ ٱلشَّيْطَـٰنُ لِلْإِنسَـٰنِ خَذُولًا

    Laq̣ad ʹaḍallanee ʻaniẓ Ẓikri baʻda ʹiẓ jaaaʹanee! Wa-kaanash Shayṭaanu lil-ʹiñsaani khaẓoolaa!

    ހަމަކަށަވަރުން އަހުރެން އެފަރާތަކާއި تبع ވީފަރާތް އަހުރެން قرآن އަށް إيمان ވިޔަނުދީ މަގުފުރައްދައިފިއެވެ. އެއީ އަހުރެންނަށް އެ ذِكر (އެބަހީ: قرآن އަށް އީމާންވާންވާނެކަން އެނގުމަށްފަހުގައެވެ. އަދި شيطان އާ ވަނީ އިންސާނާއަށް ކެހިވެރި އަދި ލަނޑުދޭ މީހަކުކަމުގައެވެ.

  11. 25:30

    وَقَالَ ٱلرَّسُولُ يَـٰرَبِّ إِنَّ قَوْمِى ٱتَّخَذُوا۟ هَـٰذَا ٱلْقُرْءَانَ مَهْجُورًا

    Wa-q̣aalar Rasoolu yaa-Rabbi ʹinna q̣awmit takhaẓoo haaẓal Q̣urʹaana mahjooraa.

    އަދި (އަނިޔާވެރިން އަތްތަކުގައި އެމީހުން ދަތްއަޅާ ދުވަހުން يعني: قيامة ދުވަހުން) رسول ﷺ ﷲ އަށް ދަންނަވާނެއެވެ. އޭ އަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާގެ قوم ގެމީހުން މި قرآن އަކީ ދުރަށް އެއްލާލެވިފައިވާ އެއްޗަކަށް ހަދައިލައިފިއެވެ. • ދަންނައެވެ. މިއާޔަތަކީ قرآن އަށް حكم ނުކުރާ އަދި އޭގައިވާގޮތަށް عمل ނުކުރާ ކޮންމެމީހަކަށް ﷲ ގެ حضرة ން އައިސްފައިވާ ގަދަ وعيد ގެ ބަސްފުޅެކެވެ. ބިރުވެރި ބަސްފުޅެކެވެ. قيامة ދުވަހުން ﷲ ގެ حضرة ގައި މާތްވެގެންވާ رسول شكوى ދަންނަވާނެއެވެ. قرآن އާއިމެދު أمّة ގެމީހުން ކަންތައްކުރި إهانة ތެރި ގޮތާއިމެދުގައެވެ. ތެދުތެދަށް ދަންނަވާނަމަ މިއަދު އަޅުގަނޑުމެންގެ عمل މިހުރީ ހަމަ ސެންޓުން ސެންޓަށް އެޔާއިއެއްގޮތަށެވެ. قرآن ގެ حكم ތައް އެހުރީ ހުރިތާނގައެވެ. މާމޮޅު އަމިއްލަ قانون ތަކަކާއި قوعد ތަކެއް ހަދާ މާބޯބޮޑެތި ބަޔަކަށްވެގެން قرآن އަށް މާތްކޮށް ހިތުމުގެ ނަމުގައި އެފޮތް ނަގާ ފޮތް ކާލިގަނޑުމަތީ ބާއްވައި ނުވަތަ އުރައެއްލައްވާ ސޯކޭހުތެރޭގައި ރައްކާތެރިކަމާއިއެކު ބާއްވަނީއެވެ. ފޮތް ބާވައިލެއްވުމުގެ مقصد ވެސް ނޭނގުނެވެ. ނުވަތަ މާތް رسول އާއަށްވެސް ނޭނގޭ تأويل ތައްކޮށް އާޔަތުގެ ނުއަތުމާނަ ނަގައި ތިމާމެންގެ އަމިއްލަ އެދުމުގައި ފޮތިއަޅަނީއެވެ. والعياذ بﷲ

  12. 25:31

    وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّا مِّنَ ٱلْمُجْرِمِينَ ۗ وَكَفَىٰ بِرَبِّكَ هَادِيًا وَنَصِيرًا

    Wa-kaẓaalika jaʻalnaa likulli nabiyyin ʻaduwwam minal mujrimeen: wa-kafaa bi-Rabbika Haadiyañw Wa-Naṣeeraa.

    އަދި محمّد ﷺ އަށްވެސް عَدُوّ ންލެއްވިފަދައިން ތިމަންރަސްކަލާނގެ ކޮންމެ نبي އަކަށްވެސް مُجْرِم ންގެތެރެއިން (ކުށްވެރި ނުބައި މީހުންގެތެރެއިން) عدوّ ން ލެއްވީމެވެ. އަދި (އޭ رسول ﷲ އެވެ.) ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ކަލާނގެ ތެދުމަގު ދައްކަވާކަލަކު ކަމުގައްޔާ نصر ވެރިއަކު ކަމުގައި ފުދިވޮޑިގެންވެއެވެ.

  13. 25:32

    وَقَالَ ٱلَّذِينَ كَفَرُوا۟ لَوْلَا نُزِّلَ عَلَيْهِ ٱلْقُرْءَانُ جُمْلَةً وَٰحِدَةً ۚ كَذَٰلِكَ لِنُثَبِّتَ بِهِۦ فُؤَادَكَ ۖ وَرَتَّلْنَـٰهُ تَرْتِيلًا

    Wa-q̣aalal laẓeena kafaroo law-laa nuzzila ʻalayhil Q̣urʹaanu jumlatañw Waaḥidah? Kaẓaalika linus̤abbita bihee fuʹaadaka wa-rattalnaahu tarteelaa.

    އަދި ކާފަރުންގެ މީހުން ބުނެއެވެ. އެކަލޭގެފާނުންގެ މައްޗަށް އެކީއެކަށް އެއްފަހަރާ قرآن ބާވައި ނުލެއްވީ ކީއްވެގެންބާވައެވެ؟ ނުވަތަ އެއްފަހަރާ ބާވައިލައްވާނޭނަމައެވެ. (އޭގެ جواب ގައި ﷲ އަންގަވައެވެ.) އެއީ ކަލޭގެފާނުންގެ ހިތްޕުޅު ސާބިތުކުރެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ އެ قرآن ވަރަށްރަނގަޅަށް ثابت ކުރައްވައި بيان ކުރެއްވީމެވެ.

  14. 25:33

    وَلَا يَأْتُونَكَ بِمَثَلٍ إِلَّا جِئْنَـٰكَ بِٱلْحَقِّ وَأَحْسَنَ تَفْسِيرًا

    Wa-laa yaʹtoonaka bimas̤alin ʹillaa jiʹnaaka bil-Ḥaq̣q̣i wa-ʹaḥsana tafseeraa.

    (އޭ رسول ﷲ އެވެ.) ކަލޭގެފާނުންގެ އަރިހަށް އެމީހުންގެނައި (އަދި ގެންނަ) ކޮންމެ މިސާލަކަށް އެ مثال އެއް باطل ވާފަދަ حقّ ތެދު بيان ތިމަންރަސްކަލާނގެ ގެނަސް ނުދެއްވާ އެއް مثال އެއްވެސް އެ مشرك ންގެމީހުން ކަލޭގެފާނުންގެ އަރިހަށް ގެނަސް ނުދެއެވެ. އަދި އޭގެ ރަނގަޅު މޮޅު تفصيل ތިމަންރަސްކަލާނގެ ކަލޭގެފާނަށް ގެނަސްދެމެވެ.

  15. 25:34

    ٱلَّذِينَ يُحْشَرُونَ عَلَىٰ وُجُوهِهِمْ إِلَىٰ جَهَنَّمَ أُو۟لَـٰٓئِكَ شَرٌّ مَّكَانًا وَأَضَلُّ سَبِيلًا

    ʹAllaẓeena yuḥsharoona ʻalaa wujoohihim ʹilaa Jahannama ʹulaaaʹika sharrum makanañw waʹaḍallu Sabeelaa.

    އެ مشرك ންނަކީ އެމީހުންގެ މޫނުތައް ވަތަށް ނަރަކައަށް އެއްކުރެވޭނެ މީހުންނެވެ. އަދި އެމީހުންނަކީ ތިބޭތަނުގެ ގޮތުން ނުބައިވެގެންވާ މީހުންނެވެ. އަދި އެމީހުންނަކީ އެންމެބޮޑަށް މަގުފުރެދި ވާވަދެފައިވާ މީހުންނެވެ.

  16. 25:35

    وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ وَجَعَلْنَا مَعَهُۥٓ أَخَاهُ هَـٰرُونَ وَزِيرًا

    Wa-laq̣ad ʹaataynaa Moosal Kitaaba wa-jaʻalnaa maʻahooo ʹakhaahu Haaroona Wazeeraa;

    އަދި ހަމަކަށަވަރުން موسى (عليه السّلام) އަށް ތިމަންރަސްކަލާނގެ ފޮތްދެއްވީމެވެ. توراة ދެއްވީމެވެ. އަދި އެކަލޭގެފާނާއިއެކު އެކަލޭފާނުންގެ أخ هارون (عليه السّلام) ވާގިވެރި އެހީތެރިއަކު ކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.

  17. 25:36

    فَقُلْنَا ٱذْهَبَآ إِلَى ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا فَدَمَّرْنَـٰهُمْ تَدْمِيرًا

    Faq̣ulnaẓ habaaa ʹilal q̣awmil laẓeena kaẓẓaboo biʹAayaatinaa: fadammarnaahum tadmeeraa.

    އަދި އެދެބޭކަލުންނަށް ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. ތިމަންރަސްކަލާނގެ آية ތައް ދޮގު ކުރި މީހުންގެގާތަށް (ތިމަންރަސްކަލާނގެ دليل ތަކާއި علامة ތައް ދޮގުކުރި މީހުންގެގާތަށް يعني: فرعون އާއި އޭނާގެ قوم އަށް) ތިޔައިގެ ދެބޭކަލުން ވަޑައިގަންނަވާށެވެ. އެއީ އެމީހުންނަށް ތެދުމަގަށް ގޮވައިލައްވާށެވެ. ދެން އެބޭކަލުން ވަޑައިގެން ގޮވާލެއްވުމުން އެބޭކަލުންނަށް ކިޔަމަންތެރިނުވިއެވެ. ދެންފަހެ (އެމީހުން ނުކިޔަމަންތެރިވީހިނދުން) ތިމަންރަސްކަލާނގެ އެމީހުން އެކީއެކައްޗަކަށް ހަލާކުކުރެއްވީމެވެ.

  18. 25:37

    وَقَوْمَ نُوحٍ لَّمَّا كَذَّبُوا۟ ٱلرُّسُلَ أَغْرَقْنَـٰهُمْ وَجَعَلْنَـٰهُمْ لِلنَّاسِ ءَايَةً ۖ وَأَعْتَدْنَا لِلظَّـٰلِمِينَ عَذَابًا أَلِيمًا

    Wa-q̣awma Nooḥil lammaa kaẓẓabur rusula ʹag̣raq̣naahum wa-jaʻalnaahum linnaasi ʹAayah; wa-ʹaʻtadnaa liz̤̣z̤̣aalimeena ʻAẓaaban ʹaleemaa;

    އަދި نوح عليه السّلام ގެ قوم، އެމީހުން رسول ބޭކަލުން ދޮގުކުރިހިނދުން ތިމަންރަސްކަލާނގެ އެމީހުން غرق ކުރައްވައި ހަލާކުކުރެއްވީމެވެ. އަދި މީސްތަކުންނަށްވާ عِبْرَة އަކާއި ތިމަންރަސްކަލާނގެ قدرة ތެރިކަމުގެ دليل އެއްކަމުގައި އެމީހުންގެ ކަންތައްލެއްވީމެވެ. އަދި އަނިޔާވެރިންނަށް - مشرك ންނަށް - ވޭންދެނިވި عذاب އެއް ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.

  19. 25:38

    وَعَادًا وَثَمُودَا۟ وَأَصْحَـٰبَ ٱلرَّسِّ وَقُرُونًۢا بَيْنَ ذَٰلِكَ كَثِيرًا

    Wa-ʻAadañw Wa-S̤amooda wa-ʹAṣḥaabar Rassi wa-q̣uroonam bayna ẓaalika kas̤eeraa.

    (އަދި عاد ބާގައިމީހުންނާއި ثُمُود ބާގައިގެމީހުންނާއި އަދި رَسُّ (1) (ވަޅު) ގެ އެކުވެރިންނާއި އަދި އެދެމެދުގެ އެތައް أمّة ތަކެއް (ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ.)

  20. 25:39

    وَكُلًّا ضَرَبْنَا لَهُ ٱلْأَمْثَـٰلَ ۖ وَكُلًّا تَبَّرْنَا تَتْبِيرًا

    Wa-kullañ ḍarabnaa lahul ʹams̤aala wa-kullañ tabbarnaa tatbeeraa.

    އަދި އެއިން ކޮންމެ أمّة އަކަށްވެސް ތިމަންރަސްކަލާނގެ مثال ތައް ޖައްސަވައި حجّة ތައް بيان ކޮށްދެއްވީމެވެ. އަދި އެއިން ކޮންމެ ބަޔަކުވެސް (ނުކިޔަމަންތެރިވީހިނދުން) އެބަޔަކު ހަލާކުކުރައްވައި ބަރުބާދުކުރެއްވީމެވެ. (1) رَسُّ އަކީ ބޮޑު ވަޅުގަނޑެކެވެ. އެއީ إنْطَاكِية ގައިވާ ވަޅެކެވެ. حَبِيْبُ النَّجَّار މަރާފައި ވައްޓައިލީ އެވަޅަށެވެ. يسن ސޫރަތުގެ ترجمة ގައި އެވާހަކަވެއެވެ. - زُبْدَةُ التّفسير -

  21. 25:40

    وَلَقَدْ أَتَوْا۟ عَلَى ٱلْقَرْيَةِ ٱلَّتِىٓ أُمْطِرَتْ مَطَرَ ٱلسَّوْءِ ۚ أَفَلَمْ يَكُونُوا۟ يَرَوْنَهَا ۚ بَلْ كَانُوا۟ لَا يَرْجُونَ نُشُورًا

    Wa-laq̣ad ʹataw ʻalal q̣aryatil lateee ʹumṭirat maṭaras sawʹ: ʹafalam yakoonoo yarawnahaa? Bal kaanoo laa- yarjoona Nushooraa.

    އަދި ހަމަކަށަވަރުން ނުބައިވެގެންވާ (ހިލަ) ވާރެއިން ވާރޭވެހެވުނު ރަށަށް މިމީހުން يعني: مكّة ގެ مشرك ން އައެވެ. (އެރަށް ކައިރިން އައިސްގޮސްވެއެވެ. އެއީ سَدُوم އެވެ. لُوط ބާގައިގެމީހުންގެ ރަށެވެ.) އެމީހުން ފަހެ އެރަށް ދެކޭކަމުގައި ނުވޭހެއްޔެވެ؟ (عبرة އަކަށް ނުފުދޭބާވައެވެ؟) އަދި ކިއެއްހެއްޔެވެ؟ އެމީހުން آخرة ދުވަހަށް ބިރުނުގަންނަނީއެވެ. އެދުވަހުގެ ثواب އަށް ނޭދެނީއެވެ.

  22. 25:41

    وَإِذَا رَأَوْكَ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَـٰذَا ٱلَّذِى بَعَثَ ٱللَّهُ رَسُولًا

    Wa-ʹiẓaa raʹawka ʹiñy yattakhiẓoonaka illaa huzuwaa:˹ ʹahaaẓal laẓee baʻas̤al laahu rasoolaa?

    (އޭ رسول ﷲ އެވެ.) އެ مشرك ންނަށް ކަލޭގެފާނު ފެނިއްޖެއްޔާ އެމީހުން ކަލޭގެފާނަށް މަލާމާތްކޮށް ފުރައްސާރަ ނޫނީ ނުކުރެއެވެ. (އަދި މަލާމާތުގެ ގޮތުން އެމީހުން ބުނެއެވެ.) ﷲ رسول އަކުކަމުގައި ފޮނުއްވީ މިކަލޭގެފާނު ހެއްޔެވެ؟

  23. 25:42

    إِن كَادَ لَيُضِلُّنَا عَنْ ءَالِهَتِنَا لَوْلَآ أَن صَبَرْنَا عَلَيْهَا ۚ وَسَوْفَ يَعْلَمُونَ حِينَ يَرَوْنَ ٱلْعَذَابَ مَنْ أَضَلُّ سَبِيلًا

    ʹIñ kaada layuḍillunaa ʻan ʹaalihatinaa Law-laaa ʹañ ṣabarnaa ʻalayhaa!˺ Wa-sawfa yaʻlamoona ḥeena yarawnal ʻAẓaaba man ʹaḍallu Sabeelaa!

    (އެ مشرك ންގެމީހުން ބުނެއެވެ.) އަހުރެމެން އަހުރެމެންގެ إله ންތަކުގެ މައްޗަށް ކެތްތެރިވެ އެތަކެއްޗަށް އަޅުކަންކުރުންމަތީ قائم ވެ ނުތިބިނަމަ އެ إله ންތަކާއި ދުރަށް އެކަލޭގެފާނު އަހުރެމެން އަނބުރައިލުން ހަމަކަށަވަރުން ގާތްވެގެންވެއެވެ. މަގުފުރައްދައިލުން ގާތްވެގެންވެއެވެ. (އޭގެ ޖަވާބުގައި ﷲ އެ އަންގަވަނީ) އެމީހުންނަށް عذاب ފެންނަހިނދުން ބޮޑަށް މަގުފުރެދިގެންވަނީ ކާކުކަން ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ.

  24. 25:43

    أَرَءَيْتَ مَنِ ٱتَّخَذَ إِلَـٰهَهُۥ هَوَىٰهُ أَفَأَنتَ تَكُونُ عَلَيْهِ وَكِيلًا

    ʹAraʹayta manit takhaẓa ʹilaahahoo hawaah? ʹA-faʹañta takoonu ʻalayhi wakeelaa?

    (އޭ رسول ﷲ އެވެ.) ތިމާއަޅުކަންކުރާ إله އަކީ ތިމާގެ هوى نفس ކަމުގައި އެބަހީ: ތިމާގެ ހިތަށް ފެންނަހާގޮތެއްކަމުގައި ހަދައި އެގޮތް إختيار ކުރިމީހާ ކަލޭގެފާނު ދެކެވަޑައިގެންނެވީމުތޯއެވެ؟ އަޅެފަހެ އެފަދަ މީހާ އޭނާގެ އެ جاهل ކަމުގައި އޭނާގެ عمل ތައް ރައްކާތެރިކޮށް ބަލަހައްޓަވާ وكيل އަކުކަމުގައި ކަލޭގެފާނު ވެވަޑައިގަންނަވާނުތޯއެވެ؟ • ރިވާވެގެންވެއެވެ. ބުދަށް އަޅުކަންކުރާ مشرك ންގެ މީހާ އޭނާ ހިލަގަނޑަށް އަޅުކަންކޮށްކޮށްހުއްޓާ އޭނާއަށް އެއަށްވުރެ ރަނގަޅު ހިލަގަނޑެއް ފެނިއްޖެއްޔާ ކުރީ އަޅުކަންކުރި ހިލަގަނޑު އެއްލައިލާފައި ފަހުން ފެނުނު ހިލަގަނޑަށް އަޅުކަންކުރެއެވެ. އަލުންވެސް އެއަށްވުރެ ރަނގަޅު ހިލަގަނޑެއް ފެނިއްޖެއްޔާ މިހާރު އެއަޅުކަންކުރާ ހިލަގަނޑު އެއްލައިލައިފާ ފަހުން ފެނުނު ހިލަގަނޑަށް އަޅުކަންކުރެއެވެ. އެގޮތުންގޮސް އޭނާ އަޅުކަންކުރާ إله އަކީ އޭނާގެ هوى نفس إختيار ކުރާ އެއްޗަކަށް ވެދެއެވެ. މިފަދަމީހުންގެމައްޗަށް އިސްވެދިޔަ އާޔަތް ރަނގަޅަށް تَطْبِيْقُ ވެއެވެ. = تفسير طبري =

  25. 25:44

    أَمْ تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَ ۚ إِنْ هُمْ إِلَّا كَٱلْأَنْعَـٰمِ ۖ بَلْ هُمْ أَضَلُّ سَبِيلًا

    ʹAm taḥsabu ʹanna ʹaks̤arahum yasmaʻoona ʹaw yaʻq̣iloon? ʹIn hum ʹillaa kal-ʹanʻaami bal hum ʹaḍallu Sabeelaa.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ހީފުޅުކުރައްވަނީ އެމީހުންކުރެ ގިނަމީހުންނަކީ ހެޔޮބަސްއަހައި އަދި ރަނގަޅުގޮތް ވިސްނާ ބަޔަކު ކަމަށްތޯއެވެ؟ (އެހެންނޫނެވެ.) އެމީހުން نَعَمْ ސޫފިފަދައިން މެނުވީ ނުވެއެވެ. އަދި ކިއެއްހެއްޔެވެ؟ އެއަށްވުރެވެސް މަގުފުރެދުންބޮޑެވެ.

  26. 25:45

    أَلَمْ تَرَ إِلَىٰ رَبِّكَ كَيْفَ مَدَّ ٱلظِّلَّ وَلَوْ شَآءَ لَجَعَلَهُۥ سَاكِنًا ثُمَّ جَعَلْنَا ٱلشَّمْسَ عَلَيْهِ دَلِيلًا

    ʹAlam tara ʹilaa Rabbika kayfa maddaz̤̣- Z̤̣ill! Wa-law shaaaʹa lajaʻalahoo saakinaa! S̤umma jaʻalnash shamsa ʻalayhi daleelaa;

    (އޭ رسول ﷲ އެވެ!) (ފަތިސްނަމާދާއި އިރުއެރުމާއި ދެމެދުއޮންނަ) ހިޔާގަޑު ކަލޭގެފާނުންގެ ربّ ދަމަހައްޓަވާގޮތަކަށް ނުބައްލަވަމުތޯއެވެ؟ އެކަމަށް فكر ފުޅު ނުކުރައްވަމުތޯއެވެ؟ އަދި އެކަލާނގެ އިރާދަކުރައްވައިފިނަމަ އެހިޔާގަނޑު ދާއިމީގޮތެއްގައި ހަމަހިމޭނުން (އަވިނުދީ) އޮންނަގޮތަކަށްވެސް ހައްދަވައިފީހެވެ. ދެން އެހިޔާގަނޑުގެމައްޗަށްވާ دليل އެއްކަމުގައި އިރު އެކަލާނގެ ލެއްވިއެވެ. (އެހެނީ އިރުއަރާ އަވިދިނުމުން ހިޔާ ހިނގައިދެއެވެ. ހިޔާކަން އެނގެނީ އޭރުންނެވެ. ކޮންމެއެއްޗެއްވެސް ވަކިކޮށް އެގެވޭނީ އޭގެ އިދިކޮޅު އައީމައެވެ.)

  27. 25:46

    ثُمَّ قَبَضْنَـٰهُ إِلَيْنَا قَبْضًا يَسِيرًا

    S̤umma q̣abaḍnaahu ʹilaynaa q̣abḍañy yaseeraa.

    ދެން ތިމަންރަސްކަލާނގެ حضرة އަށް އަވަސްއަވަހަށް ނުވަތަ މަޑުމަޑު ސިއްރު ހިތްޕެވުމަކުން އެހިޔާގަނޑު ތިމަންރަސްކަލާނގެ ހިތްޕަވަމެވެ.

  28. 25:47

    وَهُوَ ٱلَّذِى جَعَلَ لَكُمُ ٱلَّيْلَ لِبَاسًا وَٱلنَّوْمَ سُبَاتًا وَجَعَلَ ٱلنَّهَارَ نُشُورًا

    Wa-Huwal laẓee jaʻala lakumul Layla libaasañw wan-Nawma subaatañw wajaʻalan Nahaara Nushooraa.

    އަދި (އޭ މީސްތަކުންނޭވެ!) ކަލޭމެނަށްޓަކައި ނިވައިވާ އެއްޗެއްކަމުގައި يعني: ލިބާހެއްކަމުގައި ރޭގަނޑުލެއްވީ އެކަލާނގެއެވެ. އަދި ކަލޭމެނަށްޓަކައި ނިދި އެއީ އަރާމެއްކަމުގައި ލެއްވީވެސް ހަމަ އެކަލާނގެއެވެ. އަދި ދުވާލަކީ މަސައްކަތަށް ހިނގާބިނގާވެ ފެތުރިގަންނަ ވަގުތެއްކަމުގައި އެކަލާނގެ ލެއްވިއެވެ.

  29. 25:48

    وَهُوَ ٱلَّذِىٓ أَرْسَلَ ٱلرِّيَـٰحَ بُشْرًۢا بَيْنَ يَدَىْ رَحْمَتِهِۦ ۚ وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً طَهُورًا

    Wa-Huwal laẓeee ʹarsalar Riyaaḥa bushram bayna yaday Raḥmatih, wa-ʹañzalnaa minas samaaaʹi maaaʹañ ṭahooraa,

    އަދި އެކަލާނގެ رحمة އެއްކަމުގައިވާ ވާރޭފެނުގެ ކުރިން (ފެންއައުމުގެ އުފާވެރިކަމެއްގެގޮތުން) ވައިޖެއްސެވީވެސް ހަމަ އެކަލާނގެއެވެ. ﷲ އެވެ. (އަދި އެކަލާނގެ وحي ކުރެއްވިއެވެ.) އަދި އުޑުން ހަމަސީދާ ސާފު طهور ފެން ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ.

  30. 25:49

    لِّنُحْـِۧىَ بِهِۦ بَلْدَةً مَّيْتًا وَنُسْقِيَهُۥ مِمَّا خَلَقْنَآ أَنْعَـٰمًا وَأَنَاسِىَّ كَثِيرًا

    Linuḥyiya bihee baldatam maytañw wanusq̣iyahoo mimmaa khalaq̣naaa ʹanʻaamañw Waʹanaasiyya kas̤eeraa.

    އެއީ އެފެނުގެ ސަބަބުން މަރުވެފައިވާ ރަށް ދިރުވުމަށެވެ. (ގަސްފެޅުވުމަށެވެ.) އަދި ތިމަންރަސްކަލާނގެ ހެއްދެވިތަކެތީގެތެރެއިން نَعَمْ ސޫތްޕާއި އަދި ގިނަ އިންސާނުންނަށް ތިމަންރަސްކަލާނގެ އެފެން ބޯންދެއްވުމަށެވެ. މިއިން މުރާދުކުރެވެނީ ދިރޭތަކެއްޗެވެ.

  31. 25:50

    وَلَقَدْ صَرَّفْنَـٰهُ بَيْنَهُمْ لِيَذَّكَّرُوا۟ فَأَبَىٰٓ أَكْثَرُ ٱلنَّاسِ إِلَّا كُفُورًا

    Wa-laq̣ad ṣarrafnaahu baynahum liyaẓẓakkaroo, faʹabaaa ʹaks̤arun naasi ʹillaa kufooraa.

    އަދި ތިމަންރަސްކަލާނގެ އެމީހުންގެ މެދުގައި އެފެން ބައްސަވަމެވެ. އެއީ ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވާ ދަރުމަކުރައްވާ نعمة އެމީހުން ހަނދާންކުރުމަށެވެ. އަދި އެހެނެއްކަމަކު ގިނަމީސްތަކުން (نعمة އަށް) ކާފަރުވުން މެނުވީ إختيار ނުކުރިއެވެ. نعمة އަށް شكر ކުރުމުން مَنَع ވެގަތީއެވެ.

  32. 25:51

    وَلَوْ شِئْنَا لَبَعَثْنَا فِى كُلِّ قَرْيَةٍ نَّذِيرًا

    Wa-law shiʹnaa labaʻas̤naa fee kulli q̣aryatin naẓeeraa.

    އަދި ތިމަންރަސްކަލާނގެ އެދިވޮޑިގެންނެވިނަމަ ކޮންމެރަށަކަށްވެސް نَذِيْرُ އަކު ފޮނުއްވައިފީހެވެ. إنْذَار ކުރާނޭ ބޭކަލަކު ފޮނުއްވައިފީހެވެ.

  33. 25:52

    فَلَا تُطِعِ ٱلْكَـٰفِرِينَ وَجَـٰهِدْهُم بِهِۦ جِهَادًا كَبِيرًا

    Falaa tuṭiʻil kaafireena wa-jaahidhum̃ bihee jihaadañ kabeeraa.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ކާފަރުންނަށް ކިޔަމަންތެރިވެވަޑައި ނުގަންނަވާށެވެ! އަދި އެމީހުންނާއި އިދިކޮޅަށް ބޮޑުވެގެންވާ جِهَاد އަކުން جِهَاد ކުރައްވާށެވެ.

  34. 25:53

    ۞ وَهُوَ ٱلَّذِى مَرَجَ ٱلْبَحْرَيْنِ هَـٰذَا عَذْبٌ فُرَاتٌ وَهَـٰذَا مِلْحٌ أُجَاجٌ وَجَعَلَ بَيْنَهُمَا بَرْزَخًا وَحِجْرًا مَّحْجُورًا

    Wa-Huwal laẓee marajal baḥrayni haaẓaa ʻaẓbuñ furaatuñw wahaaẓaa milḥun ʹujaaj; wa-jaʻala baynahumaa Barzakhañw Waḥijram maḥjooraa.

    އަދި (މީރުފެނާ ލޮނުފެނާ) ދެކަނޑު އެކުއެކުއޮންނަގޮތަށް ލެއްވީ ހަމަ އެކަލާނގެއެވެ. (ﷲ އެވެ.) އެއްކަނޑު މިއީ ހަމަ މީރު މީރުކަންގަދަ ފެނެވެ. އަނެއްކަނޑު މިއީ ލޮނުކަންގަދަ ލޮނު ހިތިފެނެވެ. (ދެކަނޑު މިވަނީ އެކުއެކުގައެވެ.) އެކަމަކު އެދެކަނޑު ދެމެދުގައި (މީހުނަށް ނޭނގޭ) ހުރަހެއް އެކަލާނގެ ލެއްވިއެވެ. (އަދި އެއްގޮތަކަށްވެސް މައްސުނިވެ އެކުނުވާނޭގޮތުން) ބަންދުކުރައްވައި އެއްކަނޑު އަނެއްކަނޑަށް ވަދެ ދެކަނޑު ދެކަނޑަށް فَاسِدُ ވުން އެއީ حَرام ވެގެންވާ ކަމެއްކަމުގައި އެކަލާނގެ ލެއްވިއެވެ.\n• ދަންނައެވެ. މިބާވަތުގެ ތަންތަން يعني: ދެކަނޑު ޖެހުނު ތަންތަން ފެނުން ފާހަގަކުރެވޭ ކަމުގައިވެއެވެ. އެއްފަރާތުން ފެންފޮދެއްނަގައި ބޮއިލާއިރު ހަމަ މީރުފެނެވެ. އަނެއްފަރާތުން ފެންފޮދެއް ނަގައި ބޮއިލާއިރު ހަމަ ގަދަލޮނެވެ. އެއްކަނޑެވެ. އެއްވެސް ބާވަތެއްގެ ފާރެއް ނުވަތަ ވަކިކުރުމެއް ލޮލަކަށް ނުފެނެއެވެ. އެބާވަތުގެ ތަންތަނުން ފެންބުއިކުދިން އަޅުގަނޑާއެކު އެއްކުލާހެއްގައިވެސް ތިއްބެވެ. މިފަދަމިފަދަ ކަންކަމަކީ ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ ފުރިހަމަ ހެއްކެވެ. دليل އެވެ.

  35. 25:54

    وَهُوَ ٱلَّذِى خَلَقَ مِنَ ٱلْمَآءِ بَشَرًا فَجَعَلَهُۥ نَسَبًا وَصِهْرًا ۗ وَكَانَ رَبُّكَ قَدِيرًا

    Wa-Huwal laẓee khalaq̣a minal maaaʹi basharañ fajaʻalahoo nasabañw waṣihraa: wa-kaana Rabbuka Q̣adeeraa.

    އަދި އެކަލާނގެއީ يعني: ﷲ އީ މަނިފޮދުވަރަކުން އިންސާނާ ހައްދަވައި ދެން އެއިންސާނާއީ ނަސަބުކަމުގައްޔާއި އަދި ޅިޔަންފަހަރިކަމުގައި ލެއްވި ކަލާނގެއެވެ. (އެބަހީ: ނަސަބު ދަމަހައްޓައި ޅިޔަންފަހަރި ވާނޭގޮތް ލެއްވިއެވެ.) (އަދި އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ އެއީ ކުޅަދުންވަންތަކަލަކު ކަމުގައިވިއެވެ.

  36. 25:55

    وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُهُمْ وَلَا يَضُرُّهُمْ ۗ وَكَانَ ٱلْكَافِرُ عَلَىٰ رَبِّهِۦ ظَهِيرًا

    Wa-yaʻbudoona miñ doonil laahi maa laa- yañfaʻuhum wa-laa yaḍurruhum: wa-kaanal kaafiru ʻalaa Rabbihee z̤̣aheeraa!

    އަދި އެމީހުން - يعني: مشرك ން - އެމީހުންނަށް ފައިދާއެއް ނުކުރާ އަދި އެމީހުންނަށް ގެއްލުމެއް އަދި އުނދަގުލެއްވިޔަސް ނުދެވޭ އެއްޗެހިތަކަކަށް އެމީހުން ﷲ ފިޔަވައި އަޅުކަންކުރަނީއެވެ. އަދި ކާފަރު އިންސާނާވީ އޭނާގެ ربّ އާއި އިދިކޮޅަށް (شيطان އާއަށް) ވާގިދޭ ވާގިވެރިޔަކު ކަމުގައެވެ.

  37. 25:56

    وَمَآ أَرْسَلْنَـٰكَ إِلَّا مُبَشِّرًا وَنَذِيرًا

    Wa-maaa ʹarsalnaaka ʹillaa mubashshirañw wanaẓeeraa.

    އަދި (އޭ رسول ﷲ އެވެ!) އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި އަދި إنْذَار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު رسول ކަމާއިގެން ނުފޮނުއްވަމުއެވެ.

  38. 25:57

    قُلْ مَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ إِلَّا مَن شَآءَ أَن يَتَّخِذَ إِلَىٰ رَبِّهِۦ سَبِيلًا

    Q̣ul maaa ʹasʹalukum ʻalayhi min ʹajrin ʹillaa mañ shaaaʹa ʹañy yattakhiẓa ʹilaa Rabbihee Sabeelaa.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އެކަމުގެ މައްޗަށް އެބަހީ: رسول ކަން އިއްވަވާތީ އެކަމުގެމައްޗަށް ކަލޭމެންގެ ކިބައިން އެއްވެސް އުޖޫރައަކަށް / ފީއަކަށް ނޭދެމެވެ. (އެކަމަކު ތިމަންކަލޭގެފާނު މިއެދެނީ) އެދޭމީހަކުވިއްޔާ އެމީހަކު ހައްދަވާބޮޑުކުރެއްވި ربّ ގެ حضرة އަށް މަގެއް ހިފުމަށެވެ. ﷲ ގެ حضرة އަށް ކިޔަމަންތެރިވެ އެކަލާނގެއަށް إيمان ވުމަށެވެ.

  39. 25:58

    وَتَوَكَّلْ عَلَى ٱلْحَىِّ ٱلَّذِى لَا يَمُوتُ وَسَبِّحْ بِحَمْدِهِۦ ۚ وَكَفَىٰ بِهِۦ بِذُنُوبِ عِبَادِهِۦ خَبِيرًا

    Wa-tawakkal ʻalal Ḥayyil laẓee laa- yamootu wa-sabbiḥ bi-Ḥamdih; wa-kafaa bihee biẓunoobi ʻibaadihee khabeeraa;

    (އޭ رسول ﷲ އެވެ!) އަދި މަރުވުމެއްނެތް ދިރިދެމިވޮޑިގެންވާ ކަލާނގެއަށް يعني: ﷲ އަށް - ކަލޭގެފާނު وكيل ކުރައްވާށެވެ! އިތުބާރުކުރައްވާށެވެ! އަދި އެކަލާނގެއަށް تسبيح ވިދާޅުވެ حمد ކުރައްވާށެވެ! އަދި އެކަލާނގެ އަޅުތަކުން ކުރާ ފާފަތަކުގެ خبر ދެނެވޮޑިގެންވާކަލަކު ކަމުގައި އެކަލާނގެ ފުދިވޮޑިގެންވެއެވެ. (އެހެނީ އެކަލާނގެއަށް އެއްވެސް އެއްޗެއް ވަންހަނާވެގެން ނުވެއެވެ.)

  40. 25:59

    ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۚ ٱلرَّحْمَـٰنُ فَسْـَٔلْ بِهِۦ خَبِيرًا

    ʹAllaẓee khalaq̣as samaawaati wal-ʹarḍa wa-maa baynahumaa fee sittati ʹayyaamiñ s̤umma stawaa ʻalal ʻArsh, ʹAr-Raḥmaanu fasʹal bihee khabeeraa.

    އެކަލާނގެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާތަކެތި ހަދުވަހުގެތެރޭގައި ހެއްދެވި ކަލާނގެއެވެ. ދެން އެކަލާނގެ عَرْشِ އަށް إسْتواى ވެވޮޑިގެންނެވިއެވެ. އެއީ رحمن ވަންތަ ކަލާނގެއެވެ. ފަހެ خبر ތައް ދެނެވޮޑިގެންވާ އަދި خبر ތައް ދެއްވާ ކަލެއްގެގޮތުން އެކަލާނގެއާއި ސުވާލުކުރައްވާށެވެ! (އެހެނީ އެކަލާނގެ ހުރިހާކަމެއްގެ خبر ދެނެވޮޑިގެންވެއެވެ. - ނުވަތަ އެކަލާނގެއީ ކޮންފަދަ ކަލަކުކަން ސާފުކުރުމަށް ރަނގަޅަށް خبر ދަންނަ ފަރާތަކާއި ސުވާލުކުރާށެވެ. - މިދެތަރުޖަމާވެސްވެއެވެ. والله أعلم.

  41. 25:60

    وَإِذَا قِيلَ لَهُمُ ٱسْجُدُوا۟ لِلرَّحْمَـٰنِ قَالُوا۟ وَمَا ٱلرَّحْمَـٰنُ أَنَسْجُدُ لِمَا تَأْمُرُنَا وَزَادَهُمْ نُفُورًا ۩

    Wa-ʹiẓaa q̣eela lahumus judoo lir-Raḥmaani q̣aaloo wa-mar Raḥmaan? ʹAnasjudu limaa taʹmurunaa wa-zaadahum nufooraa.

    އަދި ކަލޭމެން رَحْمنُ ވަންތަ ﷲ އަށް سَجِدة ކުރާށޭ އެމީހުންނަށް يعني: ﷲ ފިޔަވައި އެހެންފަރާތްތަކަށް އަޅުކަންކުރާ މީހުންނަށް ބުނެވިއްޖެއްޔާ އެމީހުން ބުނާނެއެވެ. الرّحْمن އެއީ ކާކުހެއްޔެވެ؟ ކަލޭގެފާނު އަހުރެމެންނަށް އަމުރުކުރާ އެއްޗަކަށް އަހުރެމެން سَجِدة ކުރަންވީހެއްޔެވެ؟ (އެހެން ހަމައެގޮތަށް سَجِدة ނުކުރާނަމެވެ!) އަދި ނުރުހުމާއި ދުރަށް ފިލައިގެންދިއުން މެނުވީ އެމީހުންނަށް އިތުރުނުވެއެވެ.

  42. 25:61

    تَبَارَكَ ٱلَّذِى جَعَلَ فِى ٱلسَّمَآءِ بُرُوجًا وَجَعَلَ فِيهَا سِرَٰجًا وَقَمَرًا مُّنِيرًا

    Tabaarakal laẓee jaʻala fis samaaaʹi Buroojañw Wajaʻala feehaa siraajañw waq̣amaram muneeraa!

    އުޑުގައި ގަނޑުވަރުތައް ލެއްވި ކަލާނގެ ބަރަކާތްވަންތަވެވޮޑިގެންވެއެވެ. (އެކަލާނގެ فَضْل ވަންތަކަމާއި ދަރުމަވަންތަކަން ގިނަވެގެންވެއެވެ.) އަދި އެކަލާނގެ އެއުޑުގައި ބައްތިއަކާއި އެބަހީ: އިރަކާއި އަދި އަލިކުރާ ހަނދެއްލެއްވިއެވެ.

  43. 25:62

    وَهُوَ ٱلَّذِى جَعَلَ ٱلَّيْلَ وَٱلنَّهَارَ خِلْفَةً لِّمَنْ أَرَادَ أَن يَذَّكَّرَ أَوْ أَرَادَ شُكُورًا

    Wa-Huwal laẓee jaʻalal layla wannahaara khilfatal liman ʹaraada ʹañy yaẓẓakkara aw ʹaraada shukooraa.

    އަދި ހަމަ އެކަލާނގެ ރޭގަނޑާއި ދުވާލު އެކައްޗަކަށްފަހު އަނެކަތި އަންނަގޮތަށް ލެއްވިއެވެ. (އެގޮތަށް ނުވާނަމަ ރޭގަނޑާއި ދުވާލު ވަކިނުވީހެވެ. އަދި އަހަރުތަކާއި ވަގުތުތައް އޮޅުން ނުފިލީހެވެ.) އެއީ ﷲ ގެ އަމުރުފުޅުތައް އެދޭމީހަކަށް އެކަން قصد ކުރާމީހަކަށް ނުވަތަ ހަނދާންކުރާމީހަކަށް ނުވަތަ އެކަލާނގެ نعمة އަށް شكر ކުރުމަށް އެދޭމީހަކަށެވެ. (އެމީހަކު އެކަންކުރާ ހުށިކަމެވެ.)

  44. 25:63

    وَعِبَادُ ٱلرَّحْمَـٰنِ ٱلَّذِينَ يَمْشُونَ عَلَى ٱلْأَرْضِ هَوْنًا وَإِذَا خَاطَبَهُمُ ٱلْجَـٰهِلُونَ قَالُوا۟ سَلَـٰمًا

    Wa-ʻibaadur Raḥmaanil laẓeena yamshoona ʻalal ʹarḍi hawnañw waʹiẓaa khaaṭabahumul jaahiloona q̣aaloo ˹Salaamaa!˺

    އަދި رحمن ވަންތަ ކަލާނގެ އަޅުތަކުން (ދަންނައެވެ.) އެމީހުންނަކީ ބިމުގައި ހިނގާއިރު މަޑުމައިތިރިކަމާއި تواضع ވެރިކަމާއިއެކު ހިނގާމީހުންނެވެ. އަދި ތަންދޮރު ނޭނގޭ جاهل މީހުން އެމީހުންނާއި ވާހަކަދައްކާ ހިތްހަމަނުޖެހޭފަދައަކުން مُخَاطب ކޮށްފިއްޔާވެސް އެޖާހިލުންނަށް ސީދާ ތެދުބަހުން ޖަވާބުދެއެވެ. ނުވަތަ ގިނަވާހަކަނުދައްކައި ހަމައެކަނި ސަލާމު އެވެބުނެއެވެ.

  45. 25:64

    وَٱلَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَـٰمًا

    Wallaẓeena yabeetoona li-Rabbihim sujjadañw waq̣iyaamaa;

    އަދި އެމީހުންނަކީ يعني: رحمن ވަންތަ ﷲ ގެ އަޅުތަކުންނަކީ އެމީހުން ހައްދަވާބޮޑުކުރައްވާ ربّ އަށް سَجِدَة ކުރުމާއި قِيَامُ ކުރާ حال (އެބަހީ: އެކަލާނގެއަށް އަޅުކަންކުރާ حال) އެމީހުން ރޭގަނޑު ވޭތިކުރާ މީހުންނެވެ.

  46. 25:65

    وَٱلَّذِينَ يَقُولُونَ رَبَّنَا ٱصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا

    Wallaẓeena yaq̣ooloona Rabbanaṣ rif ʻannaa ʻAẓaaba Jahannama ʹinna ʻAẓaabahaa kaana g̣araamaa,

    އަދި އެމީހުންނަކީ މިފަދައިން ދަންނަވާ دعاء ކުރާ މީހުންނެވެ. " އޭ އަޅަމެންގެ ربّ އެވެ! އަޅަމެންގެ ކިބައިން ނަރަކައިގެ عَذاب ދުރުކުރައްވާންދޭވެ!". ހަމަކަށަވަރުން އެތާނގެ عذاب އެއީ (عذاب ލިބޭމީހާ އާއި) ވަކިވެނުދާ އެއްޗެއްކަމުގައިވެއެވެ.

  47. 25:66

    إِنَّهَا سَآءَتْ مُسْتَقَرًّا وَمُقَامًا

    ʹInnahaa saaaʹat mustaq̣arrañw wamuq̣aamaa.

    ހަމަކަށަވަރުން އެތަނަކީ قَرَارُ ވެތިބޭތަނުގެ ގޮތުންނާއި قائم ވެތިބޭ ތަނުގެގޮތުން ވަރަށްވެސް ނުބައިވެގެންވާ ތަނެކެވެ.

  48. 25:67

    وَٱلَّذِينَ إِذَآ أَنفَقُوا۟ لَمْ يُسْرِفُوا۟ وَلَمْ يَقْتُرُوا۟ وَكَانَ بَيْنَ ذَٰلِكَ قَوَامًا

    Wallaẓeena ʹiẓaaa ʹañfaq̣oo lam yusrifoo wa-lam yaq̣turoo wa-kaana bayna ẓaalika q̣awaamaa.

    އަދި އެމީހުން އެބަހީ: رحمن ވަންތަ ﷲ ގެ އަޅުތަކުން ހޭދައެއްކުރަންޏާ އެމީހުން إسراف ނުކުރެއެވެ. (ﷲ ގެ އުރެދުމުގައި މުދާހޭދަނުކުރެއެވެ.) އަދި خرد ކުރުން حقّ ވަރަށް خرد ނުކޮށްވެސް ނުހިފަހައްޓައެވެ. އެމީހުންގެ ހޭދަކުރުންވަނީ އެދެމެދުގެ މެދުމިނަށެވެ. عدل ވެރިގޮތަށެވެ.

  49. 25:68

    وَٱلَّذِينَ لَا يَدْعُونَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ وَلَا يَقْتُلُونَ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ وَلَا يَزْنُونَ ۚ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًا

    Wallaẓeena laa- yadʻoona maʻal laahi ʹilaahan ʹaakhara wa-laa yaq̣tuloonan nafsal latee ḥarramal laahu ʹillaa bilḥaq̣q̣i wa-laa yaznoon; wa-mañy yafʻal ẓaalika yalq̣a ʹas̤aamaa,

    އަދި އެމީހުން ﷲ އާއިއެކު އެހެން إله އަކަށް دعاء ކޮށް ގޮވާނަހަދައެވެ. އަދި ﷲ حرام ކުރައްވާ حرمة ތެރިކުރައްވާފަވާ އެއްވެސް نفس އެއް حقّ އަކާލައިގެން މެނުވީ އެމީހުން ނުމަރައެވެ. އަދި އެމީހުން ޒިނޭ ނުކުރެއެވެ. އަދި އެކަންކޮށްފިމީހާ (އެބަހީ: އިސްވެދިޔަ ފާފައިގެތެރެއިން ކަމެއްކޮށްފި މީހާއަށް) އެކަމުގެ عذاب އާއި عقوبَة ލިބޭހުއްޓެވެ.

  50. 25:69

    يُضَـٰعَفْ لَهُ ٱلْعَذَابُ يَوْمَ ٱلْقِيَـٰمَةِ وَيَخْلُدْ فِيهِۦ مُهَانًا

    Yuḍaaʻaf lahul ʻAẓaabu Yawmal Q̣iyaamati wa-yakhlud feehee muhaanaa,

    އަދި قِيَامَة ދުވަހުން އެމީހަކަށް عذَاب ގިނަކުރައްވާހުއްޓެވެ. އަދި އެ عذاب ގައި إهَانَة ތެރިވެގެންވާ حَالُ އޭނާ ދެމިހުންނަހުއްޓެވެ.

  51. 25:70

    إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلًا صَـٰلِحًا فَأُو۟لَـٰٓئِكَ يُبَدِّلُ ٱللَّهُ سَيِّـَٔاتِهِمْ حَسَنَـٰتٍ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا

    ʹIllaa mañ taaba wa-ʹaamana wa-ʻamila ʻamalañ ṣaaliḥañ faʹulaaaʹika yubaddilul laahu sayyiʹaatihim ḥasanaat: wa-kaanal laahu G̣afoorar Raḥeemaa.

    އަދި އެމީހަކު އީމާންވެ تَوبَة ވެ އަދި صَالح عمل ކުރި ކޮންމެ މީހަކު ދަންނައެވެ. އެފަދަ މީހުންގެ ނުބައިކަންތައްތައް ހެޔޮކަންތައްތަކަށް ﷲ ބަދަލުކޮށްދެއްވާހުއްޓެވެ. އަދި ﷲ ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލަކުކަމުގައެވެ.

  52. 25:71

    وَمَن تَابَ وَعَمِلَ صَـٰلِحًا فَإِنَّهُۥ يَتُوبُ إِلَى ٱللَّهِ مَتَابًا

    Wa-mañ taaba wa-ʻamila ṣaaliḥañ faʹinnahoo yatoobu ʹilal laahi mataabaa.

    އަދި توبة ވެ صالح عمل ކޮށްފިމީހާ ފަހެ ހަމަކަށަވަރުން އެމީހާއީ حق توبة ވުމަކުން توبة ވެއްޖެމީހެކެވެ.

  53. 25:72

    وَٱلَّذِينَ لَا يَشْهَدُونَ ٱلزُّورَ وَإِذَا مَرُّوا۟ بِٱللَّغْوِ مَرُّوا۟ كِرَامًا

    Wallaẓeena laa- yashhadoonaz zoora wa-ʹiẓaa marroo billag̣wi marroo kiraamaa.

    އަދި އެމީހުން يعني: رحمن ވަންތަ ﷲ ގެ އަޅުތަކުން زُوْرُ އަކަށް حاضر ނުވާނެއެވެ. އަދި އެމީހުންނާއި لَغْوُ އަކާއި ދިމާވެއްޖެއްޔާ ރަނގަޅު މާތްގޮތަކުން އެކަމުން ދުރުވެގަނެއެވެ. (އެކަމުގެތެރެއަށް ވަދެ އެކަމާ ބައިވެރިނުވެއެވެ.) • ދަންނައެވެ. މިއާޔަތުގައި މި بَيَان ވެގެންވާ زُورُ މި لفظ އާއިމެދު ދަންނަބޭކަލުން ބަސްތަފާތެވެ. އެއީ شِرْك ކަމުގައި ބުނެވުނެވެ. ނުވަތަ ލަވަ ނުވަތަ ދޮގުބަސް - ނުވަތަ ކުޅިވަރު - ނުވަތަ ދޮގުހެކިދިނުން - އަދި މިނޫންގޮތްގޮތަށްވެސް تفسير ކުރެވިފައިވެއެވެ. އެންމެ عدل ވެރިގޮތެއްކަމަށް أَبُوجَعْفَرُرالطَّبرى ވިދާޅުވަނީ باطل ކޮންމެ ކަމެކެވެ. والله أعلم. އަދި ހަމައެފަދައިން لَغْوُ މި لفظ ގެ މާނައިގައިވެސް ތަފާތު ބަސްވެއެވެ. އެއްވެސް أصل އެއް ވަސްލެއްނެތް باطل ކޮންމެ ކަމެކެވެ. އޭގެތެރޭގައި مشرك ން އެމީހުންގެ إله ންތަކަށް މާތްކޮށްހިތުން - ލަވައަޑުއެހުން - އަދި މިނޫންވެސް މިބާވަތުގެ ކަންކަމެވެ. والله أعلم.

  54. 25:73

    وَٱلَّذِينَ إِذَا ذُكِّرُوا۟ بِـَٔايَـٰتِ رَبِّهِمْ لَمْ يَخِرُّوا۟ عَلَيْهَا صُمًّا وَعُمْيَانًا

    Wallaẓeena ʹiẓaa ẓukkiroo biʹAayaati Rabbihim lam yakhirroo ʻalayhaa ṣummañw waʻumyaanaa.

    އަދި އެމީހުން يعني: رحمن ވަންތަ ﷲ ގެ އަޅުތަކުން އެމީހުންގެ ربّ ގެ އާޔަތްތައް އެމީހުންނަށް ހަނދާން ކުރެވިއްޖެއްޔާ އެއާޔަތަކާމެދު އެމީހުން ބީރުކަންފަތަކުން ނުއަހައެވެ. އަދި ކަނު ލޮލަކުން ނުބަލައެވެ. އެބަހީ: ކާފަރުންފަދައިން އަޑުނުއަހައި އަދި އެޔާމެދު ނުވިސްނާ ނުތިބެއެވެ. އަދި ކިއެއްހެއްޔެވެ؟ އެއާޔަތްތަކަށް އެމީހުން ވިސްނާ ފިކުރު ކުރެއެވެ. ކަނުލައި އަހައެވެ.

  55. 25:74

    وَٱلَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَٰجِنَا وَذُرِّيَّـٰتِنَا قُرَّةَ أَعْيُنٍ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًا

    Wallaẓeena yaq̣ooloona Rabbanaa hab lanaa min ʹazwaajinaa wa-ẓurriyaatinaa q̣urrata ʹaʻyuniñw waj-ʻalnaa lil-Muttaq̣eena ʹImaamaa.

    އަދި އެމީހުންނަކީ (އެމީހުންގެ ربّ އަށް) ދަންނަވާ دعاء ކުރާމީހުންނެވެ. އެމީހުން ދަންނަވައެވެ. އޭ އަޅަމެންގެ ربّ އެވެ. އަޅަމެންގެ އަނބީންގެ ކިބައިންނާއި އަޅަމެންގެ ދަރިންގެފަރާތުން އަޅަމެންގެ ލޮލަށް ފިނިކަން އަޅަމެންނަށް ދެއްވާނދޭވެ! އެބަހީ: އެމީހުންނަކީ ބަސްއަހާ ހެޔޮ تقوى ވެރި ބަޔަކުކަމުގައި ލައްވާނދޭވެ! އަދި تقوى ވެރިންނަށްވާ إمام ންކަމުގައި އަޅަމެން ލައްވާނދޭވެ!

  56. 25:75

    أُو۟لَـٰٓئِكَ يُجْزَوْنَ ٱلْغُرْفَةَ بِمَا صَبَرُوا۟ وَيُلَقَّوْنَ فِيهَا تَحِيَّةً وَسَلَـٰمًا

    ʹUlaaaʹika yujzawnal g̣urfata bimaa ṣabaroo wa-yulaq̣q̣awna feehaa taḥiyyatañw wasalaamaa,

    އެމީހުން يعني: އިސްވެދިޔަ ސިފަތައްހުރި رحمن ވަންތަ ﷲ ގެ އަޅުތަކުން (ދަންނައެވެ.) އެމީހުން (ދުނިޔޭގައި އުޅުނުއިރު) ކެތްތެރިވުމުގެސަބަބުން އެމީހުންނަށް ސުވަރުގޭގެ މަތިވެރި ثواب އާއި މާތް ދަރުމަތައް ލިބެވޭހުއްޓެވެ. އަދި އެސުވަރުގޭގައި އެމީހުން ތިބޭއިރު تَحِيَّة އާއި سَلام އެމީހުންނަށް ލިބެވޭހުއްޓެވެ. އެއީ ﷲ ގެ حضرة ންވާ تَحِيَّة އާއި ملائكة ބޭކަލުންގެ سلام އެވެ. ނުވަތަ މިދެއެއްޗަކީވެސް ﷲ ގެ حضرة ންވާ ސަލާމެވެ. والله أعلم.

  57. 25:76

    خَـٰلِدِينَ فِيهَا ۚ حَسُنَتْ مُسْتَقَرًّا وَمُقَامًا

    Khaalideena feehaa; ḥasunat mustaq̣arrañw wamuq̣aamaa!

    އެއީ އެމީހުން އެސުވަރުގޭގައި ދެމިތިބޭ حال ގައެވެ. އަދި قَرَارُ ވެ ހަމަޖެހިގެންތިބުމުގެ ގޮތުންނާއި އަރާމުކުރަން ތިބުމުގެގޮތުން އެތަން މާތްވެގެންވެއެވެ. ރަނގަޅުވެގެންވެއެވެ.

  58. 25:77

    قُلْ مَا يَعْبَؤُا۟ بِكُمْ رَبِّى لَوْلَا دُعَآؤُكُمْ ۖ فَقَدْ كَذَّبْتُمْ فَسَوْفَ يَكُونُ لِزَامًۢا

    Q̣ul maa- yaʻbaʹu bikum Rabbee Law-laa duʻaaaʹukum: faq̣ad kaẓẓabtum fasawfa yakoonu lizaamaa!

    (އޭ رسول ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. (އޭ މީސްތަކުންނޭވެ.) ކަލޭމެންގެ ربّ އަށް ކަލޭމެން دعاء ނުކުރާނަމަ، އެކަލާނގެއަށް ކަލޭމެން އަޅުކަން ނުކުރާނަމަ ކަލޭމެންނާއިމެދު ތިމަންކަލޭގެފާނުންގެ ربّ އެއްވެސް ފަރުވާލެއް ނުބަހައްޓަވާނެއެވެ. ނުވަތަ ކަލޭމެންނާމެދު ދެން އެކަލާނގެ ބަހައްޓަވާނީ ކޮންފަރުވާލެއްހެއްޔެވެ؟ އަދި އޭކާފަރުންނޭވެ! ހަމަކަށަވަރުން ކަލޭމެން (އެކަލާނގެއަށް އަޅުކަން ނުކޮށް) ދޮގުހަދައިފީމުއެވެ. އަދި ނިކަންހުރެ ކަލޭމެނަށް عذاب ލާޒިމުވުމުގެ ސަބަބެއްކަމުގައި އެކަން ވެދާނެއެވެ. އެދޮގުހެދުން ވެދާނެއެވެ. والله أعلم.

  59. Surah Ash-Shu'araBegins here at 26:1

  60. 26:1

    طسٓمٓ

    Ṭaa-Seeen-Meeem.

    طسم މިއަކުރުތަކަކީ މިބާވަތުގެ އެހެނިހެން އަކުރުތަކެކޭ އެއްފަދައިން އޭގެ މާނަ އަދި އެއިން އެދެވޭ مُرَاد އެއް ހަމައެކަނި ﷲ ގެ ދެނެވޮޑިގަތުމަށްخَاصَّ ވެގެންވާ އަކުރުތަކެކެވެ.

  61. 26:2

    تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْمُبِينِ

    Tilka ʹAayaatul Kitaabil mubeen.

    މިއީ بيَان ކުރައްވާ ފޮތުގެ އާޔަތްތަކެވެ. (އެބަހީ: އެފޮތަށް ވިސްނާ فكر ކޮށް تَدْبِير ކޮށްފި މީހަކަށް މިފޮތަކީ ގަދަކީރިތިވަންތަ ﷲ ގެ حضرة ން ބާވައިލައްވާފައިވާ ފޮތެއްކަން بيان ކޮށްދޭ ފޮތެކެވެ. محمّد ﷺ އަމިއްލަފުޅަށް ގެންނެވި އެއްޗެއް ނޫންކަން އަންގައިދޭ ފޮތެކެވެ.)

  62. 26:3

    لَعَلَّكَ بَـٰخِعٌ نَّفْسَكَ أَلَّا يَكُونُوا۟ مُؤْمِنِينَ

    Laʻallaka baakhiʻun nafsaka ʹallaa yakoonoo Muʹmineen.

    (އޭ رسول ﷲ އެވެ.) އެ مشرك ންގެމީހުން إيمان ނުވުމުގެ ސަބަބުން އެކަމާމެދު ދެރަފުޅުވެގެން ކަލޭގެފާނުންގެ نفس ފުޅު ހަލާކުކުރައްވާކަހަލައެވެ. (އެކަމާ ދެރަފުޅުނުވާށެވެ. ކަލޭގެފާނުންގެ واجب އަކީ އިއްވައިދެއްވުމެވެ.)

  63. 26:4

    إِن نَّشَأْ نُنَزِّلْ عَلَيْهِم مِّنَ ٱلسَّمَآءِ ءَايَةً فَظَلَّتْ أَعْنَـٰقُهُمْ لَهَا خَـٰضِعِينَ

    ʹIn nashaʹ nunazzil ʻalayhim minas samaaaʹi ʹAayatañ faz̤̣allat ʹaʻnaaq̣uhum lahaa khaaḍiʻeen.

    ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް އުޑުން معجزة އެއް ބާވައިލެއްވިނަމަ އެމީހުންގެ ކަނދުރާތައް އެއަށް ކިޔަމަންވެ ނިކަމެތިވެއްޖައީހެވެ. ނުވަތަ އެމީހުންކުރެ ބޮޑެތި މީހުން އެ معجزة އަށް ނިކަމެތިވެ ދެރަވެއްޖައީހެވެ. މިބަސްފުޅުގެ މުރާދަކީ ނުރުހިތިބެވެސް އެމީހުން އެ معجزة އަށް ކިޔަމަންވީހެވެ. (ނަމަވެސް އެހެންނުހެއްދެވީ ފައިދާކުރާނެ އީމާންކަމަކީ غَيْبُ ގެކަންކަމަށް إخْتِيَارُ ގައިވާއީމާންކަމަކަށްވާތީއެވެ.)

  64. 26:5

    وَمَا يَأْتِيهِم مِّن ذِكْرٍ مِّنَ ٱلرَّحْمَـٰنِ مُحْدَثٍ إِلَّا كَانُوا۟ عَنْهُ مُعْرِضِينَ

    Wa-maa yaʹteehim miñ Ẓikrim minar Raḥmaani muḥdas̤in ʹillaa kaanoo ʻanhu muʻriḍeen.

    އަދި رحمن ވަންތަ ﷲ ގެ حضرة ން ބާވައިލައްވައިގެން އެއްވެސް نصيحة އެއް - އަދި تَنْبِيْه އެއް އަތުވެއްޖެއްޔާ އެމީހުން އެއަށް ފުރަގަސްދީގެންވާބަޔަކު ކަމުގައިވާ މެނުވީ އެމީހުންގާތަށް ނާދެއެވެ. އެބަހީ: ކޮންމެ نصيحة އެއް ކޮންމެ وعظ އެއް އެމީހުންގާތަށް އައިނަމަވެސް އެމީހުން އެއަށް ފުރަގަސްދެއެވެ.

  65. 26:6

    فَقَدْ كَذَّبُوا۟ فَسَيَأْتِيهِمْ أَنۢبَـٰٓؤُا۟ مَا كَانُوا۟ بِهِۦ يَسْتَهْزِءُونَ

    Faq̣ad kaẓẓaboo fasayaʹteehim ʹambaaaʹu maa- kaanoo bihee yastahziʹoon!

    ފަހެ ހަމަކަށަވަރުން އެމީހުން - އެބަހީ: مشرك ންގެމީހުން - (ﷲ ގެ حضرة ން އެމީހުންގާތަށް އައި ذِكر އާއި نصيحة) އެމީހުން ދޮގުކޮށްފިއެވެ. ދެންފަހެ ނިކަންހުރެ އެމީހުން އެކަމަކާމެދު މަލާމާތްކޮށް ފުރައްސާރަކުރާ ކަމުގައިވި ކަންތަކުގެ (ﷲ ގެ عذاب ގެ) خبر ތައް އެމީހުންގާތަށް އަންނަހުއްޓެވެ.

  66. 26:7

    أَوَلَمْ يَرَوْا۟ إِلَى ٱلْأَرْضِ كَمْ أَنۢبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ

    ʹA-walam yaraw ʹilal ʹarḍi kam ʹambatnaa feehaa miñ kulli zawjiñ kareem?

    އަދި (آخرة އާއި محشر އަށް ފޮނުއްވުން ދޮގުކުރާ) އެމީހުން ފަހެ ބިންގަނޑު ނުދެކެނީބާވައެވެ؟ ބިމަށްނުބަލަނީބާވައެވެ؟ މާތްވެގެންވާ ގަސްގަހުގެ ކިތައްކިތައް ޖޯޑު ތިމަންރަސްކަލާނގެ އެބިމުގައި ފެޅުއްވީންހެއްޔެވެ؟ އެބަހީ: ވަރަށްގިނަ ގަސް ފެޅުއްވީމެވެ.

  67. 26:8

    إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ

    ʹInna fee ẓaalika laʹAayah: wa-maa kaana ʹaks̤aruhum Muʹmineen.

    ހަމަކަށަވަރުން އެކަންތަކުގައި ކަނޑައެޅި ބަޔާންވެގެންވާ دليل ވެއެވެ. (އެބަހީ: މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި محشرއަށް ފޮނުއްވުމަށް ފުދޭވަރުގެ دليل ވެއެވެ. އެހެނީ މަރުވެފައިވާ ބިމަށް ވާރޭ ވެއްސަވައިގެން ދިރުއްވާ ގަސް ފެޅުއްވި ފަރާތަކަށް މަރުވެފައިވާ މީސްތަކުން ދިރުއްވުމަށް އެއްވެސް އުނދަގުލެއް ނުވާނޭކަން ސަލާމަތް ބުއްދިޔަކަށްވިއްޔާ އެނގޭނެއެވެ.) އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ.

  68. 26:9

    وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ

    Wa-ʹinna Rabbaka la-Huwal ʻAzeezur Raḥeem.

    އަދި ހަމަކަށަވަރުން ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުންބޮޑުވެގެންވާ ކަލާނގެއެވެ.

  69. 26:10

    وَإِذْ نَادَىٰ رَبُّكَ مُوسَىٰٓ أَنِ ٱئْتِ ٱلْقَوْمَ ٱلظَّـٰلِمِينَ

    Wa-ʹiẓ naadaa Rabbuka Moosaaa ʹaniʹ til q̣awmaz̤̣ z̤̣aalimeen,

    އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ موسى عليه السّلام އަށް ނިދާއިއްވެވިހިނދު ހަނދުމަފުޅުކުރައްވާށެވެ! އެއީ އަނިޔާވެރި قوم އަށް (رسول ކަމާއިގެން) ވަޑައިގެންނެވުމަށެވެ.

  70. 26:11

    قَوْمَ فِرْعَوْنَ ۚ أَلَا يَتَّقُونَ

    Q̣awma Firʻawn: ʹalaa yattaq̣oon?

    އެއީ فرعون ގެ قوم އެވެ. އެމީހުން تقوى ވެރިނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ؟

  71. 26:12

    قَالَ رَبِّ إِنِّىٓ أَخَافُ أَن يُكَذِّبُونِ

    Q̣aala Rabbi ʹinneee ʹakhaafu ʹañy yukaẓẓiboon:

    އެކަލޭގެފާނު يعني: موسى عليه السّلام - ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! އެމީހުން މިއަޅާ ދޮގުކޮށްފާނެތީ މިއަޅާ ބިރުގަންނަމެވެ.

  72. 26:13

    وَيَضِيقُ صَدْرِى وَلَا يَنطَلِقُ لِسَانِى فَأَرْسِلْ إِلَىٰ هَـٰرُونَ

    Wa-yaḍeeq̣u ṣadree wa-laa yañṭaliq̣u lisaanee faʹarsil ʹilaa Haaroon.

    (އެމީހުން މިއަޅާ ދޮގުކޮށްފިއްޔާ) މިއަޅާގެ ހިތްދަތިވާނެއެވެ. (އަދި ހިތްދަތިވެއްޖެއްޔާ) މިއަޅާގެ ދޫ ނުހިނގާނެއެވެ. ފަހެ އެހެންވެ މިއަޅާގެ أخ هارون މިއަޅާއާއިއެކު رسول ކަމާއިގެން ފޮނުއްވައިދެއްވާދޭނވެ!

  73. 26:14

    وَلَهُمْ عَلَىَّ ذَنۢبٌ فَأَخَافُ أَن يَقْتُلُونِ

    Wa-lahum ʻalayya ẓambuñ faʹakhaafu ʹañy yaq̣tuloon.

    އަދި އެމީހުންގެ نسبة ގައި މިއަޅާގެމައްޗަށްވާ ފާފައެއްވެއެވެ. (އެއީ މިއަޅާ އެމީހުންގެ މީހަކު މަރާފައިވުމެވެ.)

  74. 26:15

    قَالَ كَلَّا ۖ فَٱذْهَبَا بِـَٔايَـٰتِنَآ ۖ إِنَّا مَعَكُم مُّسْتَمِعُونَ

    Q̣aala kallaa! faẓhabaa biʹAayaatinaaa ʹinnaa maʻakum mustamiʻoon.

    އެކަލާނގެ وحي ކުރެއްވިއެވެ. އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. (فرعون قوم ގެމީހުންނަކަށް ކަލޭގެފާނު ނުމެރޭނެއެވެ.) އަދި ތިމަންރަސްކަލާނގެ دليل ތަކާއި حجّة ތަކާއިގެން ތިޔަދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ވަނީ ތިޔަބޭކަލުންނާއިއެކު އައްސަވާވޮޑިގެންވާ ކަލަކުކަމުގައެވެ.

  75. 26:16

    فَأْتِيَا فِرْعَوْنَ فَقُولَآ إِنَّا رَسُولُ رَبِّ ٱلْعَـٰلَمِينَ

    Faʹtiyaa Firʻawna faq̣oolaaa ʹinnaa Rasoolu Rabbil ʻaalameen,

    ފަހެ ތިޔައިގެ ދެކަލުން فرعون ކައިރިޔަށް ވަޑައިގަންނަވާށެވެ! އަދި އޭނާގެ ގާތު ތިމަންނާމެންނީ عالم ތަކުގެ ވެރި ربّ ފޮނުއްވި رسول ންނީމުއެވެ. ވިދާޅުވާށެވެ!

  76. 26:17

    أَنْ أَرْسِلْ مَعَنَا بَنِىٓ إِسْرَٰٓءِيلَ

    ʹAn ʹarsil maʻanaa Baneee ʹIsraaaʹeel.

    އަދި ބަނީއިސްރާއީލުން އަހުރެމެންނާއެކު ފޮނުއްވައިދެއްވާށެވެ!

  77. 26:18

    قَالَ أَلَمْ نُرَبِّكَ فِينَا وَلِيدًا وَلَبِثْتَ فِينَا مِنْ عُمُرِكَ سِنِينَ

    Q̣aala ʹalam nurabbika feenaa waleedañw walabis̤ta feenaa min ʻumurika sineen?

    އޭނާ يعني: فرعون ވިދާޅުވިއެވެ. (އޭ موسى އެވެ!) ކަލޭ ކުޑަކުއްޖެއްކަމުގައިވީ حال ކަލޭ އަހުރެމެންގެ ތެރޭގައިހުރެ އަހުރެން ކަލޭ تربيّة ނުކުރަންހެއްޔެވެ؟ (ކަލޭ ބަލާބޮޑުކުރީ އަހުރެންނޫންހެއްޔެވެ؟) އަދި ކަލޭގެ عمر ން ދުވަސްތަކެއްވާންދެން އެތައް އަހަރެއްވާންދެން އަހުރެމެންގެތެރޭގައި ކަލޭ ހުރީމުނޫންހެއްޔެވެ؟

  78. 26:19

    وَفَعَلْتَ فَعْلَتَكَ ٱلَّتِى فَعَلْتَ وَأَنتَ مِنَ ٱلْكَـٰفِرِينَ

    Wa-faʻalta faʻlatakal latee faʻalta wa-ʹañta minal kaafireen!

    ދެން ކަލޭ އެކުރިކަންތައް ކަލޭ ކުރީއެވެ. (އެބަހީ: އަހުރެމެންގެ ތެރެއިން މީހަކުމެރީމެއްނޫންހެއްޔެވެ؟ އަދި ކަލޭވަނީ (نعمة އަށް) ކާފަރުވާމީހުންގެތެރެއިންނެވެ.

  79. 26:20

    قَالَ فَعَلْتُهَآ إِذًا وَأَنَا۠ مِنَ ٱلضَّآلِّينَ

    Q̣aala faʻaltuhaaa ʹiẓañw Waʹana minaḍ ḍaaalleen.

    އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. ތިޔަބުނާ ކަންތައް އަހުރެންކުރީމެވެ. އޭރު އަހުރެންވަނީ جاهل ންގެތެރެއިންނެވެ. (ނޭނގޭމީހުންގެތެރެއިންނެވެ. މަގުފުރެދިގެންވާމީހުންގެ ތެރެއިންނެވެ. މީހުން މެރުމަކީ حرام ކަމެއްކަންވެސް ނޭނގެއެވެ.)

  80. 26:21

    فَفَرَرْتُ مِنكُمْ لَمَّا خِفْتُكُمْ فَوَهَبَ لِى رَبِّى حُكْمًا وَجَعَلَنِى مِنَ ٱلْمُرْسَلِينَ

    Fafarartu miñkum lam-maa khiftukum fawahaba lee Rabbee ḥukmañw wajaʻalanee minal mursaleen.

    ދެން އަހުރެން މަނިކުފާނުމެންގެ ފަރާތުން ބިރުވެތިވުމުން ފިލައިގެން ދިޔައީއެވެ. ދެން އެޔަށްފަހު އަހުރެންގެ ربّ އަހުރެންނަށް نبي ކަން އަދި علم އާއި ހެޔޮވިސްނުން ދެއްވައިފިއެވެ. އަދި އަހުރެން رسول ބޭކަލުންގެތެރެއިން ލައްވައިފިއެވެ.

  81. 26:22

    وَتِلْكَ نِعْمَةٌ تَمُنُّهَا عَلَىَّ أَنْ عَبَّدتَّ بَنِىٓ إِسْرَٰٓءِيلَ

    Wa-tilka niʻmatuñ tamunnuhaa ʻalayya ʹan ʻabbatta Baneee ʹIsraaaʹeel!

    އަދި މަނިކުފާނު އަހުރެންގެމައްޗަށް ތިޔަކުރިކަމަށް ވިދާޅުވާ خدمة އެއީ بَنُو اسرائيل އަޅުވެތިކުރުމަށް މަނިކުފާނު ކުރެއްވިކަމެއްތޯއެވެ؟

  82. 26:23

    قَالَ فِرْعَوْنُ وَمَا رَبُّ ٱلْعَـٰلَمِينَ

    Q̣aala Firʻawnu wa-maa Rabbul ʻaalameen?

    فرعون ވިދާޅުވިއެވެ. عَالَم ތަކުގެ ވެރި ربّ (ނުވަތަ رَبّ العالمين) އަކީ ކާކުހެއްޔެވެ؟

  83. 26:24

    قَالَ رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ

    Q̣aala Rabbus samaawaati wal-ʹarḍi wa-maa baynahumaa, ʹiñ kuñtum Mooq̣ineen.

    އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. އެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާ ތަކެތި ހައްދަވާބޮޑުކުރައްވާ އަދި ބަލަހައްޓަވާ އެތަކެތީގެ ވެރި ربّ އެވެ. ކަލާނގެއެވެ. ކަލޭމެންނަކީ يقين ކުރާ ބަޔަކު ކަމުގައި ވަންޏާއެވެ. (އެބަހީ: يقين ކުރާބަޔަކުކަމުގައި ވަންޏާ އެގޮތް އެނގޭނެއެވެ.)

  84. 26:25

    قَالَ لِمَنْ حَوْلَهُۥٓ أَلَا تَسْتَمِعُونَ

    Q̣aala liman ḥawlahooo ʹalaa tastamiʻoon?

    فرعون އޭނާގެ ވަށައިގެންވާ މީހުންނަށް ބުންޏެވެ. ކަލޭމެން ފަހެ އޭނާ އެދައްކާ ވާހަކައެއް ނާހަމުހެއްޔެވެ؟ (މިހެން އޭނާ އެބުނަނީ عجائب ވާފަދަގޮތަކަށް މަލާމާތު ރާގަކަށެވެ.)

  85. 26:26

    قَالَ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ

    Q̣aala Rabbukum wa-Rabbu ʹaabaaaʹikumul ʹawwaleen!

    އެކަލޭގެފާނު އެބަހީ: موسى عليه السّلام - ވިދާޅުވިއެވެ. އެއީ ކަލޭމެންނާއި އަދި ކަލޭމެންގެ އިސްވެދިޔަ ކާބަފައިންގެވެސް ربّ އެވެ.

  86. 26:27

    قَالَ إِنَّ رَسُولَكُمُ ٱلَّذِىٓ أُرْسِلَ إِلَيْكُمْ لَمَجْنُونٌ

    Q̣aala ʹinna rasoolakumul laẓeee ʹursila ʹilaykum lamajnoon!

    އޭނާ އެބަހީ: فرعون ބުންޏެވެ. (އޭ މީސްތަކުންނޭވެ!) ކަލޭމެންގެގާތަށް ފޮނުއްވިގެން ތިޔަވާ رسول އަކީ ހަމަކަށަވަރުންވެސް މޮޔައެކެވެ. مَجْنُون އެކެވެ.

  87. 26:28

    قَالَ رَبُّ ٱلْمَشْرِقِ وَٱلْمَغْرِبِ وَمَا بَيْنَهُمَآ ۖ إِن كُنتُمْ تَعْقِلُونَ

    Q̣aala Rabbul mashriq̣i wal-mag̣ribi wa-maa baynahumaa! ʹiñ kuñtum taʻq̣iloon!

    އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. އެކަލާނގެއީ مشرق އާއި مَغْرب އާއި އަދި އެދެމެދުގައިވާހާތަކެތީގެވެސް ربّ އެވެ. ކަލޭމެންނަކީ އެއްޗެއްވިސްނޭ ބަޔަކު ނަމަ ރަނގަޅަށް އެނގޭނެއެވެ.

  88. 26:29

    قَالَ لَئِنِ ٱتَّخَذْتَ إِلَـٰهًا غَيْرِى لَأَجْعَلَنَّكَ مِنَ ٱلْمَسْجُونِينَ

    Q̣aala laʹinit takhaẓta ʹilaahan g̣ayree laʹajʻalannaka minal masjooneen!

    އޭނާ ބުންޏެވެ. އެބަހީ: فرعون ބުންޏެވެ. (އޭ موسى އެވެ!) ކަލޭ އަހުރެންނޫން އެހެންއެއްވެސް ފަރާތެއް -އެހެން އެއްވެސް މީހެއް إله އަކުކަމުގައި إختيار ކުރަންޏާ ހަމަކަށަވަރުން ޖަލަށްލެވިފައިވާ މީހުންގެތެރެއިން އަހުރެން ކަލޭލާހުށީމެވެ. އެބަހީ: ޖަލަށްލައި ހައްޔަރުކުރާނަމެވެ.

  89. 26:30

    قَالَ أَوَلَوْ جِئْتُكَ بِشَىْءٍ مُّبِينٍ

    Q̣aala ʹawalaw jiʹtuka bishayʹim mubeen?

    އެކަލޭގެފާނު އެބަހީ: موسى عليه السّلام ވިދާޅުވިއެވެ. (އަހުރެން މިބުނާ އެއްޗެއްގެ ތެދުކަން) ބަޔާންކޮށްދޭނޭ އެއްޗަކާއިގެން އަހުރެން ކަލޭގެގާތަށް އައިނަމަވެސް ހެޔޮހެއްޔެވެ؟ އެބަހީ: ހައްޔަރުކުރާނަން ހެއްޔެވެ؟

  90. 26:31

    قَالَ فَأْتِ بِهِۦٓ إِن كُنتَ مِنَ ٱلصَّـٰدِقِينَ

    Q̣aala faʹti biheee ʹiñ kuñta minaṣ ṣaadiq̣een!

    އޭނާ يعني: فرعون ބުންޏެވެ. ފަހެ ތިޔައެއްޗެއް ގެނަސްބަލާށެވެ! ކަލެޔަކީ ތެދުވެރިންގެތެރެއިންވާ މީހަކުކަމުގައި ވަންޏާއެވެ.

  91. 26:32

    فَأَلْقَىٰ عَصَاهُ فَإِذَا هِىَ ثُعْبَانٌ مُّبِينٌ

    Faʹalq̣aa ʻaṣaahu faʹiẓaa hiya s̤uʻbaanum mubeen!

    ފަހެ އެކަލޭގެފާނު يعني: موسى عليه السّلام އެކަލޭގެފާނުންގެ އަސާކޮޅު އެއްލަވާލައްވައިފިއެވެ. އެހައިރުން އޭތި بيان ވެގެންވާ ހަރުފައަކަށް ވެއްޖެއެވެ.

  92. 26:33

    وَنَزَعَ يَدَهُۥ فَإِذَا هِىَ بَيْضَآءُ لِلنَّـٰظِرِينَ

    Wa-nazaʻa yadahoo faʹiẓaa hiya bayḍaaaʹu linnaaz̤̣ireen!

    އަދި އެކަލޭގެފާނުންގެ އަތްޕުޅު (ޖީބުތެރެއިން) ނެރުއްވައިފިއެވެ. އެހައިރުން އޭތި ބަލާމީހުންނަށް ހުދުއެއްޗަކަށްވެއްޖެއެވެ.

  93. 26:34

    قَالَ لِلْمَلَإِ حَوْلَهُۥٓ إِنَّ هَـٰذَا لَسَـٰحِرٌ عَلِيمٌ

    Q̣aala lilmalaʹi ḥawlahooo ʹinna haazaa lasaaḥirun ʻaleem:

    އޭނާ އެބަހީ: فرعون އޭނާގެ ވަށައިގެންވާ މާތްބޮޑުންނަށް ބުންޏެވެ. ހަމަކަށަވަރުން މިއީ سحر ގެ عمل ރަނގަޅަށް ދަންނަ سحر ވެރިއެއްކަން يقين އެވެ.

  94. 26:35

    يُرِيدُ أَن يُخْرِجَكُم مِّنْ أَرْضِكُم بِسِحْرِهِۦ فَمَاذَا تَأْمُرُونَ

    Yureedu ʹañy yukhrijakum min ʹarḍikum̃ bisiḥrihee famaaẓaa taʹmuroon?

    އޭނާ އެއެދެނީ އޭނާގެ سحر ގެ ބާރުން ކަލޭމެން ކަލޭމެންގެރަށުން ނެރެލާށެވެ. ފަހެ އެހެންވެ (އޭނާޔާ ބެހޭގޮތުން) ކަލޭމެން އަހުރެންނަށް ދޭނޭ مشورة އަކީ ކޮބައިހެއްޔެވެ؟

  95. 26:36

    قَالُوٓا۟ أَرْجِهْ وَأَخَاهُ وَٱبْعَثْ فِى ٱلْمَدَآئِنِ حَـٰشِرِينَ

    Q̣aalooo ʹarjih wa-ʹakhaahu wabʻas̤ fil Madaaaʹini ḥaashireen―

    އެމީހުން އޭނާއަށް ދެންނެވިއެވެ. އޭނާޔާއި އޭނާގެ أخ ގެ (އެބަހީ: موسى عليه السّلام އާއި އެކަލޭގެފާނުންގެ أخ هارون عليه السّلام އާއި ދެކަލުންގެ) ކަންތައް އިހަށް ފަސްކޮށްލައްވާށެވެ! سحر ވެރިން އެއްކުރުމަށް މަނިކުފާނު ރަށްތަކަށް މީހުން ފޮނުއްވާށެވެ! އަދި سحر ވެރިން އެއްކުރައްވާށެވެ!

  96. 26:37

    يَأْتُوكَ بِكُلِّ سَحَّارٍ عَلِيمٍ

    Yaʹtooka bikulli saḥ-ḥaarin ʻaleem.

    سحر ދަންނަ - سحر އަށް ކުޅަދާނަ ކޮންމެ މީހަކާއިގެން އެމީހުން މަނިކުފާނުންގެގާތަށް އަތުވެދާނެއެވެ.

  97. 26:38

    فَجُمِعَ ٱلسَّحَرَةُ لِمِيقَـٰتِ يَوْمٍ مَّعْلُومٍ

    Fajumiʻas saḥaratu limeeq̣aati Yawmim maʻloom,

    ފަހެ ކަނޑައެޅި عيّن ވެގެންވާ ދުވަހެއްގެ ކަނޑައެޅި އެނގިގެންވާ ތަނަކަށް سحر ވެރިންތައް ޖަމާކުރެވިއްޖެއެވެ.

  98. 26:39

    وَقِيلَ لِلنَّاسِ هَلْ أَنتُم مُّجْتَمِعُونَ

    Wa-q̣eela linnaasi hal ʹañtum mujtamiʻoon,

    އަދި މީސްތަކުންނަށް އެންގެވުނެވެ. ކަލޭމެން جمع ނުވާނޭހެއްޔެވެ؟ (ކަލޭމެން އެތަނަށް އެއްނުވާނެހެއްޔެވެ؟)

  99. 26:40

    لَعَلَّنَا نَتَّبِعُ ٱلسَّحَرَةَ إِن كَانُوا۟ هُمُ ٱلْغَـٰلِبِينَ

    Laʻallanaa nattabiʻus saḥarata ʹiñ kaanoo humul g̣aalibeen?

    އެއީ سحر ވެރިން މޮޅުވެއްޖެނަމަ އަހަރެމެން سحر ވެރިންނާއި تبع ވުމަށްޓަކައެވެ.

  100. 26:41

    فَلَمَّا جَآءَ ٱلسَّحَرَةُ قَالُوا۟ لِفِرْعَوْنَ أَئِنَّ لَنَا لَأَجْرًا إِن كُنَّا نَحْنُ ٱلْغَـٰلِبِينَ

    Falammaa jaaaʹas saḥaratu q̣aaloo li-Firʻawna ʹaʹinna lanaa laʹajran ʹiñ kunnaa naḥnul g̣aalibeen?

    ދެންފަހެ سحر ވެރިން فرعون ގެގާތަށް އައިހިނދުން އެމީހުން فرعون އަށް ދެންނެވިއެވެ. ކަނޑައެޅިގެން އަހުރެމެން މިކަމުގައި ގަދަވެ މޮޅުވެއްޖެނަމަ އަހުރެމެންނަށް އެއްވެސް އުޖޫރައެއް އޮންނާނޭހެއްޔެވެ؟

  101. 26:42

    قَالَ نَعَمْ وَإِنَّكُمْ إِذًا لَّمِنَ ٱلْمُقَرَّبِينَ

    Q̣aala naʻam wa-ʹinnakum ʹiẓal laminal muq̣arrabeen.

    فرعون ބުންޏެވެ. އާނއެކެވެ. އޭރުން ކަލޭމެންވާނީ އަހުރެންގެ އެންމެ އަރިސް އެންމެ ކުއްތަންވެގެންވާ މީހުންގެތެރެއިންނެވެ.

  102. 26:43

    قَالَ لَهُم مُّوسَىٰٓ أَلْقُوا۟ مَآ أَنتُم مُّلْقُونَ

    Q̣aala lahum Moosaaa ʹalq̣oo maaa ʹañtum mulq̣oon!

    ދެންފަހެ موسى عليه السّلام އެ سحر ވެރިންނަށް ވިދާޅުވިއެވެ. ކަލޭމެން އެއްލާނެ އެއްޗެއް އެއްލާށެވެ. އުކާނެ އެއްޗެއް އުކާށެވެ. އޭރު ميدان އޮތީ މީހުންނާއިގެން ތޮއްޖެހިފައެވެ.

  103. 26:44

    فَأَلْقَوْا۟ حِبَالَهُمْ وَعِصِيَّهُمْ وَقَالُوا۟ بِعِزَّةِ فِرْعَوْنَ إِنَّا لَنَحْنُ ٱلْغَـٰلِبُونَ

    Faʹalq̣aw ḥibaalahum wa-ʻiṣiyyahum wa-q̣aaloo biʻizzati Firʻawna ʹinnaa lanaḥnul g̣aaliboon!

    ދެންފަހެ އެމީހުން އެމީހުންގެ ވާބުރިތަކާއި އަސާތައް ميدان އަށް އުކާލައިފިއެވެ. (އެއީ سحر ހަދާފައެވެ.) އަދި فرعون ގެ عزّة ތެރިކަމާއި ބާރު ގަންދީހުވާކޮށްފައި އެމީހުން ބުންޏެވެ. ހަމަކަށަވަރުން އަހުރެމެންނީ ގަދަވާނެ މީހުންނެވެ. މޮޅުވާނެ މީހުންނެވެ.

  104. 26:45

    فَأَلْقَىٰ مُوسَىٰ عَصَاهُ فَإِذَا هِىَ تَلْقَفُ مَا يَأْفِكُونَ

    Faʹalq̣aa Moosaa ʻaṣaahu faʹiẓaa hiya talq̣afu maa- yaʹfikoon!

    ފަހެ موسى عليه السّلام އެކަލޭގެފާނުންގެ عَصَا ކޮޅު (އެ ميدان އަށް) އެއްލަވާލައްވައިފިއެވެ. އެހައިރުން އޭތި (ހަރުފަޔަކަށްވެ އެމީހުން ހެދި سحر ން ميدان ގައި حركاة ކުރަމުންދިޔަ އެންމެހައި ހަރުފަޔާއި ދިރޭތަކެތި) އެމީހުން ދޮގުހަދާ ކަމުގައިވި އެންމެހައިތަކެތި އެއަސާކޮޅުގެ ހަރުފަ ކައި ދިރުވައިފިއެވެ.

  105. 26:46

    فَأُلْقِىَ ٱلسَّحَرَةُ سَـٰجِدِينَ

    Faʹulq̣iyas saḥaratu saajideen.

    (އެހިނދު موسى عليه السّلام އެގެންނެވިކަމަކީ سحر ނޫން ކަމުގައި سحر ވެރިންނަށް ރަނގަޅަށް އެނގި بَيَان ވެ إيمان ވެއްޖެއެވެ.) ފަހެ އެހުރިހާ سحر ވެރިން سَجِدَة އަށް ތިރިވެއްޖެއެވެ.

  106. 26:47

    قَالُوٓا۟ ءَامَنَّا بِرَبِّ ٱلْعَـٰلَمِينَ

    Q̣aalooo ʹaamannaa bi-Rabbil ʻaalameen.

    އަދި އެމީހުން ބުންޏެވެ. عالم ތަކުގެވެރި ربّ އަށް އަހުރެމެން إيمان ވެއްޖައީމެވެ.

  107. 26:48

    رَبِّ مُوسَىٰ وَهَـٰرُونَ

    Rabbi Moosaa wa-Haaroon.

    އެއީ موسى އާއި هارون ގެ ربّ އެވެ.

  108. 26:49

    قَالَ ءَامَنتُمْ لَهُۥ قَبْلَ أَنْ ءَاذَنَ لَكُمْ ۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِى عَلَّمَكُمُ ٱلسِّحْرَ فَلَسَوْفَ تَعْلَمُونَ ۚ لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَـٰفٍ وَلَأُصَلِّبَنَّكُمْ أَجْمَعِينَ

    Q̣aala ʹaamañtum lahoo q̣abla ʹan ʹaaẓana lakum? ʹInnahoo lakabeerukumul laẓee ʻallamakumus siḥr! Falasawfa taʻlamoon! Laʹuq̣aṭṭiʻanna ʹaydiyakum wa-ʹarjulakum min khilaafiñw walaʹuṣallibannakum ʹajmaʻeen!

    އޭނާ އެބަހީ: فرعون ބުންޏެވެ. އަހުރެން ކަލޭމެނަށް ހުއްދަ ނުދެނީސް އިޒުނަ ނުދެނީސް ކަލޭމެން އޭނާއަށް إيمان ވީހެއްޔެވެ؟ ހަމަކަށަވަރުން އޭނާއަކީ يعني: موسى އަކީ - ކަލޭމެނަށް سحر އުގަންނައިދިން ކަލޭމެންގެ ބޮޑުމީހާއެވެ. ފަހެ ނިކަންހުރެ (އަހުރެންގެފަރާތުން ކަލޭމެންނަށް ހުރި عقوبة) ކަލޭމެންނަށް އެނގިދާނެއެވެ. ހަމަކަށަވަރުން يقين ންވެސް އަހުރެން ކަލޭމެންގެ އަތްތަކާއި އަދި ފައިތައް ކަންކުއްޗަށް (އެބަހީ: ކަނާތާއި ވައަތުފައި) ކަނޑާހުށީމެވެ! އަދި ކަލޭމެން އެންމެން ސޮލީބަށް އަރުވާހުށީމެވެ!

  109. 26:50

    قَالُوا۟ لَا ضَيْرَ ۖ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ

    Q̣aaloo laa- ḍayra ʹinnaaa ʹilaa Rabbinaa muñq̣aliboon!

    އެމީހުން އެބަހީ: سحر ވެރިން ބުންޏެވެ. އަހުރެމެންނަށް އެއްވެސް ގެއްލުމެއްނެތެވެ. ހަމަކަށަވަރުން އަހުރެމެންނަކީ އަހުރެމެންގެ ربّ ގެ حضرة އަށް އެނބުރިދާނެ ބަޔަކީމެވެ.

  110. 26:51

    إِنَّا نَطْمَعُ أَن يَغْفِرَ لَنَا رَبُّنَا خَطَـٰيَـٰنَآ أَن كُنَّآ أَوَّلَ ٱلْمُؤْمِنِينَ

    ʹInnaa naṭmaʻu ʹañy yag̣fira lanaa Rabbunaa khaṭaayaanaaa ʹañ kunnaaa ʹawwalal Muʹmineen!

    ހަމަކަށަވަރުން އަހުރެމެން ދަހިވެތިކަމާއިއެކު އެދެނީ އަހުރެމެންގެ ربّ އަހުރެމެންގެ ކުށްތަކާއި ފާފަތައް ފުއްސަވައިދެއްވުމެވެ. އެއީ އަހުރެމެން (މި أمّة ން) އެންމެ ފުރަތަމަ مؤمن ންކަމުގައި ވުމުންނެވެ.

  111. 26:52

    ۞ وَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنْ أَسْرِ بِعِبَادِىٓ إِنَّكُم مُّتَّبَعُونَ

    Wa-ʹawḥaynaaa ʹilaa Moosaaa ʹan ʹasri biʻibaadeee ʹinnakum muttabaʻoon.

    އަދި ތިމަންރަސްކަލާނގެ موسى عليه السّلام އަށް وحي ކުރެއްވީމެވެ. ކަލޭގެފާނު ތިމަންރަސްކަލާނގެ އަޅުތަކުންނާއިގެން އެބަހީ: بَنِي إسْرَائيل ންނާއިގެން (ރޭގަނޑުގެ ވަގުތެއްގައި) ހިންގަވާފައި ނުކުމެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންނަކީ تبع ވެވިގެންވާ ބައެކެވެ. (އެބަހީ: فرعون އާއި އޭނާގެ މީހުން ކަލޭމެންގެ ފަހަތުން އަޅުވައިލާނެއެވެ. ފަހަތުން އަންނާނެއެވެ.)

  112. 26:53

    فَأَرْسَلَ فِرْعَوْنُ فِى ٱلْمَدَآئِنِ حَـٰشِرِينَ

    Faʹarsala Firʻawnu fil Madaaaʹini ḥaashireen.

    ފަހެ فرعون، ރަށްތަކުން لشكر އެއްކުރުމަށް ފޮނުވައިފިއެވެ.

  113. 26:54

    إِنَّ هَـٰٓؤُلَآءِ لَشِرْذِمَةٌ قَلِيلُونَ

    ʹInna haaaʹulaaaʹi lashirẓimatuñ q̣aleeloon,

    (އަދި އޭނާ އެމީހުންނަށް ބުންޏެވެ.) މިމީހުންނަކީ ދާދި މަދުމީސްކޮޅެކެވެ. އެބަހީ: بَنُو اسْرائيل އަކީ މަދުބައެކެވެ.)

  114. 26:55

    وَإِنَّهُمْ لَنَا لَغَآئِظُونَ

    Wa-ʹinnahum lanaa lag̣aaaʹiz̤̣oon;

    އަދި ހަމަކަށަވަރުން އެމީހުންނަކީ އަހުރެމެން ރުޅިއަރުވާ ބައެކެވެ.

  115. 26:56

    وَإِنَّا لَجَمِيعٌ حَـٰذِرُونَ

    Wa-ʹinnaa lajameeʻun ḥaaẓiroon.

    އަދި ހަމަކަށަވަރުން އަހުރެމެން މިވަނީ ހަތިޔާރާއެކު އެންމެން ތައްޔާރުވެގެންނެވެ.

  116. 26:57

    فَأَخْرَجْنَـٰهُم مِّن جَنَّـٰتٍ وَعُيُونٍ

    Faʹakhrajnaahum miñ jannaatiñw waʻuyoon,

    ،(58) ފަހެ ބަގީޗާތަކުންނާއި ކޯރުތަކުންނާއި އަދި އެކިބާވަތުގެ خَزَانَة ތަކުންނާއި އަދި މާތްވެގެންވާ ތަންތަނުން ތިމަންރަސްކަލާނގެ އެމީހުން ނެރުއްވީމެވެ.

  117. 26:58

    وَكُنُوزٍ وَمَقَامٍ كَرِيمٍ

    Wa-kunooziñw Wamaq̣aamiñ kareem;

    ،(58) ފަހެ ބަގީޗާތަކުންނާއި ކޯރުތަކުންނާއި އަދި އެކިބާވަތުގެ خَزَانَة ތަކުންނާއި އަދި މާތްވެގެންވާ ތަންތަނުން ތިމަންރަސްކަލާނގެ އެމީހުން ނެރުއްވީމެވެ.

  118. 26:59

    كَذَٰلِكَ وَأَوْرَثْنَـٰهَا بَنِىٓ إِسْرَٰٓءِيلَ

    Kaẓaalik: wa-ʹawras̤naahaa Baneee ʹIsraaaʹeel.

    ތިމަންރަސްކަލާނގެ އެމީހުން އެތަންތަނުން ނެރުނީ އެފަދައިންނެވެ. އަދި އެތަންތަން ތިމަންރަސްކަލާނގެ بَنِي اسْرائيل ންނަށް ވާރުތަކޮށްދިނީމެވެ.

  119. 26:60

    فَأَتْبَعُوهُم مُّشْرِقِينَ

    Faʹatbaʻoohum mushriq̣een.

    ދެންފަހެ މިމީހުން އެމީހުންނާއި އިރުއަރާ ވަގުތު تبع ކުރިއެވެ. ގާތްކުރިއެވެ. (އެބަހީ: فرعون އާއި އޭނާގެ لشكر موسى عليه السّلام އާއި އެކަލޭގެފާނުންގެ އަރިހުގައިވާ މީހުންނާއި ގާތްކުރިއެވެ.

  120. 26:61

    فَلَمَّا تَرَٰٓءَا ٱلْجَمْعَانِ قَالَ أَصْحَـٰبُ مُوسَىٰٓ إِنَّا لَمُدْرَكُونَ

    Faalammaa taraaaʹal jamʻaani q̣aala ʹAṣḥaabu Moosaaa ʹinnaa lamudrakoon.

    ދެންފަހެ ދެ لشكر އެއްބަޔަކު އަނެއްބަޔަކަށް ފެންނަފަށަށް އައިހިނދުން موسى عليه السّلام ގެ އަރިހުގައި ތިބި އެކަލޭގެފާނުންގެ أصحاب ދެންނެވިއެވެ. ހަމަކަށަވަރުން އަހުރެމެންނަކީ އަތުލައި ގަނެވިފައިވާ ބައެކެވެ. (އެބަހީ: فرعون އާއި އޭނާގެ لشكر އަހުރެމެން އަތުލާނެއެވެ. މިއީ موسى عليه السّلام އަށް އީމާންވެގެން ތިބިމީހުންގެ ބިރުވެރިކަން ހުރިވަރެވެ.)

  121. 26:62

    قَالَ كَلَّآ ۖ إِنَّ مَعِىَ رَبِّى سَيَهْدِينِ

    Q̣aala kallaa! ʹInna maʻiya Rabbee sayahdeen!

    އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. އެއްގޮތަކަށްވެސް ތިޔަހެން ނުވާނެއެވެ. އަހުރެންގެ ربّ އަހުރެންނާއެކު ވެއެވެ. އެކަލާނގެ އަހުރެންނަށް މަގުދައްކަވާނެއެވެ.\n(އޭ މީސްތަކުންނޭވެ! موسى عليه السّلام ގެ ހުރި إيمان ކަމާއި ސާބިތުކަމާއި ﷲ އަށް وكيل ކުރެއްވުންހުރި ފެންވަރު ނިކަން ދެކިބަލާށެވެ. އެކަލޭގެފާނުންގެ އަރިހު އީމާންވެގެންތިބިމީހުންވެސް އެތިބީ ޝައްކުވެފައެވެ. ނަމަވެސް موسى عليه السّلام ގެ ހުރި إيمان ކަމާއި ސާބިތުކަމަށް އެއްވެސް ބުރުލެއްނާރައެވެ. އެއީ ﷲ އަށް وكيل ކޮށް އީމާންވާންވީ ފެންވަރެވެ. އަހުރެމެންގައި މިހުރީ ކޮންކަހަލަ إيمان ކަމެއް ބާވައެވެ؟؟؟

  122. 26:63

    فَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنِ ٱضْرِب بِّعَصَاكَ ٱلْبَحْرَ ۖ فَٱنفَلَقَ فَكَانَ كُلُّ فِرْقٍ كَٱلطَّوْدِ ٱلْعَظِيمِ

    Faʹawḥaynaaa ʹilaa Moosaaa ʹaniḍ rib biʻaṣaakal baḥr. Fañfalaq̣a fakaana kullu firq̣iñ kaṭṭawdil ʻaz̤̣eem.

    ފަހެ موسى - عليه السّلام - އަށް ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. ކަލޭގެފާނު ކަލޭގެފާނުންގެ އަސާކޮޅުން ކަނޑުގައި ޖައްސަވާށެވެ. (ދެން އެކަލޭގެފާނު އަސާކޮޅުން ކަނޑުގައި ޖެއްސެވީއެވެ. އަދި ޖެއްސެވުމުން) ފަހެ އެކަނޑު ފަޅަފަޅައިގެން ހިނގައްޖެއެވެ. ބާރަބަޔަށް ކަނޑުބައިވެގޮސް ބާރަމަގު ހެދި ކޮންމެ ދެމަގެއްދެމެދު ފެންގަނޑު ހިފެހެއްޓި މައްޗަށްއަރާފައިވިއެވެ. އެއިން ކޮންމެ ބައެއް ބޮޑުފަރުބަދައެއްފަދައިން ވެއްޖެއެވެ.

  123. 26:64

    وَأَزْلَفْنَا ثَمَّ ٱلْـَٔاخَرِينَ

    Wa-ʹazlafnaa s̤ammal ʹaakhareen.

    އަދި އެތަނަށް ތިމަންރަސްކަލާނގެ އަނެއްބައިމީހުން ގެންނަވާ ގާތްކުރެއްވީމެވެ. (އެބަހީ: އެތަނަށް فرعون އާއި އޭނާގެ لشكر ގެންނެވީމެވެ. ދެންފަހެ موسى عليه السّلام އާއި އެކަލޭގެފާނުންގެ އަރިހުގައިވާ މީހުން ކަނޑުގެ އެމަގުތަކުން ދަތުރުކޮށްފައިގޮސް ކަނޑުގެ އަނެއްފަރާތު އެއްގަމަށް އެރިއިރު فرعون އާއި އޭނާގެ لشكر ވަނީ އެމަގުތަކުގެތެރޭގައެވެ. އެވަގުތު ﷲ تعالى ކަނޑު ކުރީގޮތަށް ހައްދަވައިލައްވާ އެކަނޑުތެރޭގައި فرعون އާއި އޭނާގެ لشكر غرق ކުރެއްވީއެވެ. އެވާހަކަ އަންނަނިވި އާޔަތުގައި އެވަނީއެވެ.)

  124. 26:65

    وَأَنجَيْنَا مُوسَىٰ وَمَن مَّعَهُۥٓ أَجْمَعِينَ

    Wa-ʹañjaynaa Moosaa wa-mam maʻahooo ʹajmaʻeen;

    އަދި ތިމަންރަސްކަލާނގެ موسى عليه السّلام އާއި އެކަލޭގެފާނާއި އެކުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ.

  125. 26:66

    ثُمَّ أَغْرَقْنَا ٱلْـَٔاخَرِينَ

    S̤umma ʹag̣raq̣nal ʹaakhareen.

    އަދި ތިމަންރަސްކަލާނގެ އަނެއްބައިމީހުން އެބަހީ: فرعون އާއި އޭނާގެ لشكر غرق ކުރެއްވީމެވެ.

  126. 26:67

    إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ

    ʹInna fee ẓaalika laʹAayah: wa-maa kaana ʹaks̤aruhum Muʹmineen.

    ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: موسى عليه السّلام ސަލާމަތްކުރެއްވުމާއި ސަލާމަތްކުރައްވަން ދިމާވި ސަބަބާއި އަދި فرعون غرق ކުރެއްވުމާއި އަދި އޭނާ غرق ވާން ދިމާވި ސަބަބާއި މިމިކަންތަކުގައި) ކަނޑައެޅި بيان ވެގެންވާ دليل ވެއެވެ. (އެއީ ތިމަންރަސްކަލާނގެ ކަންތައް ހިންގަވާގޮތުގެ އަދި ހިންގަވާނެގޮތުގެ دليل އެވެ. عبرة އާއި ފިލާވަޅެވެ.) އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ.

  127. 26:68

    وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ

    Wa-ʹinna Rabbaka la-Huwal ʻAzeezur Raḥeem.

    އަދި ހަމަކަށަވަރުން ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  128. 26:69

    وَٱتْلُ عَلَيْهِمْ نَبَأَ إِبْرَٰهِيمَ

    Watlu ʻalayhim nabaʹa ʹIbraaheem.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް إبراهيم عليه السّلام ގެ خبر ތައް ވިދާޅުވެދެވާށެވެ!

  129. 26:70

    إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَا تَعْبُدُونَ

    ʹIẓ q̣aala liʹabeehi wa-q̣awmihee maa- taʻbudoon?

    އެއީ އެކަލޭގެފާނުންގެ ބައްޕައަށާއި އަދި އެކަލޭގެފާނުންގެ قوم ގެމީހުންނަށް ވިދާޅުވިހިނދުގައެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) ކަލޭމެން ތިޔަ އަޅުކަންކުރަނީ ކޮންއެއްޗަކަށްހެއްޔެވެ؟

  130. 26:71

    قَالُوا۟ نَعْبُدُ أَصْنَامًا فَنَظَلُّ لَهَا عَـٰكِفِينَ

    Q̣aaloo naʻbudu ʹaṣnaamañ fanaz̤̣allu lahaa ʻaakifeen.

    އެމީހުން ދެންނެވިއެވެ. އަހުރެމެން މިއަޅުކަންކުރަނީ ބުދުތަކަށެވެ. އަދި އަހުރެމެން އެއަށް އަޅުކަންކުރުމުގައި ނުވަތަ އެއަށް خدمة ކުރުމުގައި قائم ވެތިބެނީއެވެ.

  131. 26:72

    قَالَ هَلْ يَسْمَعُونَكُمْ إِذْ تَدْعُونَ

    Q̣aala hal yasmaʻoonakum ʹiẓ tadʻoon.

    އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން އެތަކެއްޗަށް ގޮވާއިރު އެތަކެތި ކަލޭމެންގެ އަޑުއަހައިހެއްޔެވެ؟

  132. 26:73

    أَوْ يَنفَعُونَكُمْ أَوْ يَضُرُّونَ

    ʹAw yañfaʻoonakum ʹaw yaḍurroon?

    ނުވަތަ އެތަކެތި ކަލޭމެނަށް منفع އެއްކޮށްދޭހެއްޔެވެ؟ ނުވަތަ ގެއްލުމެއްދޭހެއްޔެވެ؟

  133. 26:74

    قَالُوا۟ بَلْ وَجَدْنَآ ءَابَآءَنَا كَذَٰلِكَ يَفْعَلُونَ

    Q̣aaloo bal wajadnaaa ʹaabaaaʹanaa kaẓaalika yafʻaloon.

    އެމީހުން ދެންނެވިއެވެ. އެހެންނަކުން ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އަހުރެމެން ދުށީ އަހުރެމެންގެ ކާބަފައިން އެފަދައިން ކަންތައް ކުރާތަނެވެ. (އަހަރެމެންވެސް އެގޮތަށް ކަންތައް ކުރަނީއެވެ.)

  134. 26:75

    قَالَ أَفَرَءَيْتُم مَّا كُنتُمْ تَعْبُدُونَ

    Q̣aala ʹafaraʹaytum maa kuñtum taʻbudoon,

    އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ތިޔައަޅުކަންކުރާތަކެތި ކަލޭމެން ނިކަން ދެކިބަލާށެވެ.

  135. 26:76

    أَنتُمْ وَءَابَآؤُكُمُ ٱلْأَقْدَمُونَ

    ʹAñtum wa-ʹaabaaaʹukumul ʹaq̣damoon,

    ކަލޭމެންނާއި ކަލޭމެންގެ އިސްވެދިޔަ އިހުގެ ކާބަފައިން އަޅުކަން އެކުރި ތަކެތި ނިކަން ދެކެބަލާށެވެ.

  136. 26:77

    فَإِنَّهُمْ عَدُوٌّ لِّىٓ إِلَّا رَبَّ ٱلْعَـٰلَمِينَ

    Faʹinnahum ʻaduwwul leee ʹillaa Rabbal ʻaalameen;

    ފަހެ ހަމަކަށަވަރުން عَالم ތައް ހައްދަވާބޮޑުކުރައްވާ އެތަކެތި ބަލަހައްޓަވާ އެތަކެތީގެ رَبُّ ފިޔަވައި ދެން އެއީ ހައްތާވެސް އަހުރެންގެ عَدُوّ ންނެވެ.

  137. 26:78

    ٱلَّذِى خَلَقَنِى فَهُوَ يَهْدِينِ

    ʹAllaẓee khalaq̣anee fa-Huwa yahdeen;

    އެކަލާނގެއީ އަހުރެން ހެއްދެވި ކަލާނގެއެވެ. ފަހެ އަހުރެންނަށް ތެދުމަގު ދައްކަވާނީ ހަމަ އެކަލާނގެއެވެ.

  138. 26:79

    وَٱلَّذِى هُوَ يُطْعِمُنِى وَيَسْقِينِ

    Wallaẓee Huwa yuṭʻimunee wa-yasq̣een,

    އަދި އަހުރެންނަށް ކާންދެއްވައި އަހުރެންނަށް ބޯންދެއްވަނީވެސް ހަމަ އެކަލާނގެއެވެ.

  139. 26:80

    وَإِذَا مَرِضْتُ فَهُوَ يَشْفِينِ

    Wa-ʹiẓaa mariḍtu fa-Huwa yashfeen:

    އަދި އަހުރެން ބަލިވެއްޖެއްޔާ އަހުރެންނަށް شِفَاء ދެއްވާނީވެސް ހަމަ އެކަލާނގެއެވެ.

  140. 26:81

    وَٱلَّذِى يُمِيتُنِى ثُمَّ يُحْيِينِ

    wallaẓee yumeetunee s̤umma yuḥyeen;

    އަދި އަހުރެން މަރުއްވާނީ އެކަލާނގެއެވެ. ދެން އަހުރެން ދިރުއްވާނީވެސް ހަމަ އެކަލާނގެއެވެ.

  141. 26:82

    وَٱلَّذِىٓ أَطْمَعُ أَن يَغْفِرَ لِى خَطِيٓـَٔتِى يَوْمَ ٱلدِّينِ

    Wallaẓeee ʹaṭmaʻu añy yag̣fira lee khaṭeeeʹatee Yawmad Deen...

    އަދި قيامة ދުވަހުން އަހުރެންގެ ކުށްފާފަތައް ފުއްސަވައިދެއްވުން އެދި އެކަމަށް ދަހިވެތިވަނީވެސް ހަމަ އެކަލާނގެ حضرة ގައެވެ.

  142. 26:83

    رَبِّ هَبْ لِى حُكْمًا وَأَلْحِقْنِى بِٱلصَّـٰلِحِينَ

    Rabbi hab lee ḥukmañw waʹalḥiq̣nee biṣ-Ṣaaliḥeen;

    އޭއަޅުގެ ربّ އެވެ. މިއަޅާއަށް حكم އެއްދެއްވައި - (އެބަހީ: نبي ކަންދެއްވައި) މާތްވެގެންވާ صالح ންނާއި މިއަޅާ ގުޅުއްވާނދޭވެ! (އެބަހީ: رسول ބޭކަލުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!)

  143. 26:84

    وَٱجْعَل لِّى لِسَانَ صِدْقٍ فِى ٱلْـَٔاخِرِينَ

    Wajʻal lee lisaana ṣidq̣iñ fil ʹaakhireen;

    އަދި އެހެނިހެން މީސްތަކުންގެ ތެރޭގައި ރިވެތިވެގެންވާ ثناء އާއި تعريف މިއަޅާއަށް ލައްވާނދޭވެ!

  144. 26:85

    وَٱجْعَلْنِى مِن وَرَثَةِ جَنَّةِ ٱلنَّعِيمِ

    Wajʻalnee miñw waras̤ati Jannatin Naʻeem.

    އަދި جَنَّةُ النَّعِيم އެވެ ކިޔާ ސުވަރުގޭގެ ވާރުތަވެރިންގެތެރެއިން މިއަޅާ ލައްވާނދޭވެ!

  145. 26:86

    وَٱغْفِرْ لِأَبِىٓ إِنَّهُۥ كَانَ مِنَ ٱلضَّآلِّينَ

    Wag̣fir liʹabeee ʹinnahoo kaana minaḍ ḍaaalleen;

    އަދި މިއަޅާގެ ބައްޕައަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން އޭނާ ވަނީ ތެދުމަގުގެއްލި މަގުފުރެދިގެންވާ މީހުންގެތެރެއިންނެވެ.

  146. 26:87

    وَلَا تُخْزِنِى يَوْمَ يُبْعَثُونَ

    Wa-laa tukhzinee Yawma yubʻas̤oon;

    އަދި މީސްތަކުން محشر އަށް ފޮނުއްވާދުވަހު މިއަޅާ ގެއްލެނި ނުކުރައްވާނދޭވެ! ދެރަނުކުރައްވާނދޭވެ!

  147. 26:88

    يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ

    Yawma laa- yañfaʻu maaluñw walaa banoon,

    އެދުވަހަކީ މުދަލަކުންވިޔަސް އަދި ދަރިއަކުގެ ފަރާތަކުންވިޔަސް منفع އެއް ނުކުރާނޭދުވަހެވެ.

  148. 26:89

    إِلَّا مَنْ أَتَى ٱللَّهَ بِقَلْبٍ سَلِيمٍ

    Illaa man ʹatal laaha biq̣albiñ saleem.

    ހަމައެކަނި ސަލާމަތްވެގެންވާ ހިތަކާއިގެން ﷲ ގެ حضرة އަށްދެވުނު މީހަކު މެނުވީއެވެ. (އެބަހީ: ﷲ ގެ އެއްކައުވަންތަކަމާމެދު އެއްވެސް ޝައްކެއްނެތި ޝައްކުތަކުން ސަލާމަތްވެގެންވާ ހިތަކާއިގެން ދެވުނު މީހެކެވެ.)

  149. 26:90

    وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ

    Wa-ʹuzlifatil Jannatu lil-Muttaq̣een,

    އަދި (قيامة ދުވަހުން) تقوى ވެރިންނަށް ސުވަރުގެ ގާތް ކުރެވޭނެއެވެ.

  150. 26:91

    وَبُرِّزَتِ ٱلْجَحِيمُ لِلْغَاوِينَ

    Wa-burrizatil Jaḥeemu lilg̣aaween;

    އަދި ތެދުމަގު ގެއްލި މަގުފުރެދުނު މީހުންނަށް ނުވަތަ شيطان ންނަށް ނަރަކަ ފައުޅުކުރެވޭނެއެވެ.

  151. 26:92

    وَقِيلَ لَهُمْ أَيْنَ مَا كُنتُمْ تَعْبُدُونَ

    Wa-q̣eela lahum ʹayna maa- kuñtum taʻbudoon.

    އަދި އެމީހުންނަށް ބުނެވޭނެއެވެ. ކަލޭމެން އަޅުކަންކުރާކަމުގައިވީ ތަކެތި ކޮބައިހެއްޔެވެ؟

  152. 26:93

    مِن دُونِ ٱللَّهِ هَلْ يَنصُرُونَكُمْ أَوْ يَنتَصِرُونَ

    Miñ doonil laah? Hal yañṣuroonakum ʹaw yañtaṣiroon?

    އެއީ ﷲ ފިޔަވައި ކަލޭމެން އަޅުކަންކުރި ތަކެއްޗެވެ. އެތަކެތި ކަލޭމެނަށް نصر ދޭހެއްޔެވެ؟ (ﷲ ގެ عذاب ން ކަލޭމެން ސަލާމަތްކޮށްދޭހެއްޔެވެ؟) ނުވަތަ އެތަކެތީގެ އަމިއްލަ نفس އަށް نصر ލިބޭހެއްޔެވެ؟

  153. 26:94

    فَكُبْكِبُوا۟ فِيهَا هُمْ وَٱلْغَاوُۥنَ

    Fakubkiboo feehaa hum walg̣aawoon,

    އެތަކެތި އެތަނަށް (އެބަހީ: ﷲ ފިޔަވައި އަޅުކަން ވެވުނުތަކެތި ނުވަތަ مشرك ން އެނަރަކައަށް) މޫނުވަތަށް އަޅާލެވޭނެއެވެ. އަދި شيطان ން ވެސް އެތަނަށް އަޅައިލެވޭނެއެވެ.

  154. 26:95

    وَجُنُودُ إِبْلِيسَ أَجْمَعُونَ

    Wa-junoodu ʹIbleesa ʹajmaʻoon.

    އަދި إبْليس ގެ އެންމެހައި ސިފައިންނާއި މިއެންމެންވެސް އެތަނަށް އަޅައިލެވޭނެއެވެ.

  155. 26:96

    قَالُوا۟ وَهُمْ فِيهَا يَخْتَصِمُونَ

    Q̣aaloo wa-hum feehaa yakhtaṣimoon;

    އަދި އެމީހުން (އެބަހީ: شيطان ންނާއި ބުދުތަކާއި އަދި إبليس ގެ ސިފައިންނާއި) މިހުރިހާ މީހުން ނަރަކައިގައިތިބެ އަރައިރުންވާ حال ބުނާނެއެވެ.

  156. 26:97

    تَٱللَّهِ إِن كُنَّا لَفِى ضَلَـٰلٍ مُّبِينٍ

    Tallaahi ʹiñ kunnaa lafee ḍalaalim mubeen.

    ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން އަހުރެމެން މިވީ ކަނޑައެޅި بيان ވެގެންވާ މަގުފުރެއްދުމެއްގައެވެ.

  157. 26:98

    إِذْ نُسَوِّيكُم بِرَبِّ ٱلْعَـٰلَمِينَ

    ʹIẓ nusawweekum̃ bi-Rabbil ʻAalameen.

    އެއީ عَالم ތަކުގެ ވެރި ربّ އާއި އަހުރެމެން ކަލޭމެން ހަމަކުރިހިނދުންނެވެ.

  158. 26:99

    وَمَآ أَضَلَّنَآ إِلَّا ٱلْمُجْرِمُونَ

    Wa-maaa ʹaḍallanaaa ʹillal mujrimoon.

    އަދި مجرم ން މެނުވީ އަހުރެމެން މަގުނުފުރައްދައެވެ. (އެބަހީ: އަހުރެމެން މަގުފުރެއްދި ބަޔަކީ ނުބައި ނުލަފާ ބައެކެވެ.)

  159. 26:100

    فَمَا لَنَا مِن شَـٰفِعِينَ

    Famaa lanaa miñ shaafiʻeen,

    ފަހެ އަހުރެމެންނަކަށް އެއްވެސް شَفَاعة ތެރިއަކު ނުވެއެވެ.

  160. 26:101

    وَلَا صَدِيقٍ حَمِيمٍ

    Wa-laa ṣadeeq̣in ḥameem.

    އަދި އެއްވެސް ގާތް އެކުވެރިއަކުވެސް ނުވެއެވެ.

  161. 26:102

    فَلَوْ أَنَّ لَنَا كَرَّةً فَنَكُونَ مِنَ ٱلْمُؤْمِنِينَ

    Falaw ʹanna lanaa karratañ fanakoona minal Muʹmineen!

    ފަހެ އަހުރެމެންނަށް އެނބުރި ދުނިޔެއަށް رجوع ވުމެއް ވާނެނަމަ އަހުރެމެން مؤمن ންކަމުގައިވާހުށީމެވެ.

  162. 26:103

    إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ

    ʹInna fee ẓaalika laʹAayah: wa-maa kaana ʹaks̤aruhum Muʹmineen.

    ހަމަކަށަވަރުން އެކަންތަކުގައި ކަނޑައެޅި بيان ވެގެންވާ دليل ވެއެވެ. (އެބަހީ: إبراهيم عليه السّلام އެކަލޭގެފާނުންގެ قوم ގެ މައްޗަށް އެ قائم ކުރެއްވި حجّة ތަކާއި قوم ގެމީހުންގެ ފަރާތުން ލިބުނު جواب އާއި މިކަންކަމުގައި ވިސްނާ ބަޔަކަށް ހުރި عبرة އާއި ރަނގަޅު دليل ވެއެވެ.) އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ. ތެދުކުރި މީހުންކަމުގައި ނުވިއެވެ.

  163. 26:104

    وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ

    Wa-ʹinna Rabbaka la-Huwal ʻAzeezur Raḥeem.

    އަދި ހަމަކަށަވަރުން ކަލޭގެފާނުން ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  164. 26:105

    كَذَّبَتْ قَوْمُ نُوحٍ ٱلْمُرْسَلِينَ

    Kaẓẓabat q̣awmu Nooḥinil mursaleen.

    އަދި نوح عليه السّلام ގެ قوم ގެ މީހުން ފޮނުވުނު رسول ބޭކަލުން ދޮގުކުރިއެވެ.

  165. 26:106

    إِذْ قَالَ لَهُمْ أَخُوهُمْ نُوحٌ أَلَا تَتَّقُونَ

    ʹIẓ q̣aala lahum ʹakhoohum Nooḥun ʹalaa tattaq̣oon?

    އެއީ އެމީހުންގެ أخ نوح عليه السّلام އެމީހުންނަށް ވިދާޅުވިހިނދުގައެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) ކަލޭމެން تقوى ވެރިނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ.

  166. 26:107

    إِنِّى لَكُمْ رَسُولٌ أَمِينٌ

    ʹInnee lakum rasoolun ʹameen:

    ތިމަންކަލޭގެފާނީ ހަމަކަށަވަރުން ކަލޭމެންނަށްވާ أمانة ތެރި رسول އަކީމެވެ.

  167. 26:108

    فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ

    Fattaq̣ul laaha wa-ʹaṭeeʻoon.

    ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ. އަދި ތިމަންކަލޭގެފާނަށް ކަލޭމެން ކިޔަމަންތެރިވާށެވެ.

  168. 26:109

    وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ

    Wa-maaa ʹasʹalukum ʻalayhi min ʹajr; ʹin ʹajriya ʹillaa ʻalaa Rabbil ʻAalameen.

    އަދި އެކަންތަކުގެމައްޗަށް (އެބަހީ: އަހުރެން رسول ކަން ކަލޭމެންނަށް އިއްވަވާ تَبْلِيْغُ ކުރެއްވުމުގެ މައްޗަށް) އަހުރެން ކަލޭމެންގެ ފަރާތުން އެއްވެސް އުޖޫރައަކަށް ނޭދެމެވެ. ޓެކްހަކަށް ނޭދެމެވެ. އަހުރެންގެ ދަރުމަ ހަމައެކަނި عَالم ތަކުގެ ވެރި ربّ ގެ حضرة ން މެނުވީ ނުވެއެވެ. (އެބަހީ: އަހުރެންނަށް ދަރުމަދެއްވާނީ އެކަލާނގެއެވެ.)

  169. 26:110

    فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ

    Fattaq̣ul laaha wa-ʹaṭeeʻoon.

    ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އަދި ކަލޭމެން އަހުރެންނަށް ކިޔަމަންތެރިވާށެވެ!

  170. 26:111

    ۞ قَالُوٓا۟ أَنُؤْمِنُ لَكَ وَٱتَّبَعَكَ ٱلْأَرْذَلُونَ

    Q̣aalooo ʹanuʹminu laka wattabaʻakal ʹarẓaloon?

    އެމީހުން ދެންނެވިއެވެ. (އެބަހީ: قوم ގެ ބޮޑެތި ކަމުވޮށިވެގެންވާ މީހުން ދެންނެވިއެވެ.) އަހުރެމެން ކަލޭގެފާނަށް تبع ވާންވީހެއްޔެވެ؟ ކަލޭގެފާނަށް تبع ވަމުންތިޔަ ދަނީ ރަށުގައިތިބި ދެރަނިކަމެތިންނެވެ. (އެބަހީ: ދެރަނިކަމެތިންނާ އަހުރެމެންނާ އެއްވަރު ނުވެވޭނެއެވެ.)

  171. 26:112

    قَالَ وَمَا عِلْمِى بِمَا كَانُوا۟ يَعْمَلُونَ

    Q̣aala wa-maa ʻilmee Bimaa- kaanoo yaʻmaloon?

    އެކަލޭގެފާނު يعني: نُوح عليه السّلام ވިދާޅުވިއެވެ. އެމީހުން ކުރަމުންދާކަމެއް އަހުރެންނަކަށް އެނގިގެން ނުވެއެވެ. އެމީހުން ކުރަނީ ﷲ قبول ކުރައްވާ عمل އެއްކަމެއް ނުވަތަ ނޫންކަމެއް އަހުރެންނަކަށް ނޭނގެއެވެ.

  172. 26:113

    إِنْ حِسَابُهُمْ إِلَّا عَلَىٰ رَبِّى ۖ لَوْ تَشْعُرُونَ

    ʹIn ḥisaabuhum ʹillaa ʻalaa Rabbee law tashʻuroon.

    އެމީހުންގެ حِسَاب އަހުރެންގެ ربّ ގެ حضرة ގައި މެނުވީ ނުވެއެވެ. (އެބަހީ: އެމީހުން ކުރާ عمل ތަކަށް حساب ކުރައްވައި އޭގެ ޖަޒާދެއްވާނީ ހަމަ އެކަލާނގެއެވެ.) ކަލޭމެންނަށް އެކަން އެނގޭނެ ނަމައެވެ.

  173. 26:114

    وَمَآ أَنَا۠ بِطَارِدِ ٱلْمُؤْمِنِينَ

    Wa-maaa ʹana biṭaaridil Muʹmineen.

    އަދި إيمان ވެގެންވާމީހުން ފައްސާލައި ދުރަށްލާނެ މީހަކުކަމުގައި އަހުރެން ނުވެއެވެ.

  174. 26:115

    إِنْ أَنَا۠ إِلَّا نَذِيرٌ مُّبِينٌ

    In ʹana ʹillaa mubeen. naẓeerum

    ބަޔާންވެގެންވާ نَذِيْر އަކު ކަމުގައި މެނުވީ އަހުރެން ނުވެއެވެ. (އެބަހީ: އަހުރެންނަކީ އަތުވެދާނޭ عذاب އަކަށް ބިރުގަންނަވާ إنْذَار ކުރައްވާ ބޭކަލެކެވެ.)

  175. 26:116

    قَالُوا۟ لَئِن لَّمْ تَنتَهِ يَـٰنُوحُ لَتَكُونَنَّ مِنَ ٱلْمَرْجُومِينَ

    Q̣aaloo laʹil lam tañtahi yaa-Nooḥu latakoonanna minal marjoomeen.

    އެމީހުން يعني: ކާފަރުންގެމީހުން ދެންނެވިއެވެ. އޭ نوح އެވެ. ކަލޭގެފާނު ތިޔަވިދާޅުވާ ވާހަކަ ހުއްޓަވައިނުލިއްޔާ ހަމަކަށަވަރުން ކަލޭގެފާނަކީ رَجم ވެވިގެންވާ މީހުންގެ ތެރެއިންވާ މީހަކުކަމުގައި ލާހުށީމެވެ. އެބަހީ: ކަލޭގެފާނު رَجَم ކޮށް މަރައިފާނަމެވެ.

  176. 26:117

    قَالَ رَبِّ إِنَّ قَوْمِى كَذَّبُونِ

    Q̣aala Rabbi ʹinna q̣awmee kaẓẓaboon.

    އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާގެ قوم ގެ މީހުން މިއަޅާ ދޮގުކޮށްފިއެވެ.

  177. 26:118

    فَٱفْتَحْ بَيْنِى وَبَيْنَهُمْ فَتْحًا وَنَجِّنِى وَمَن مَّعِىَ مِنَ ٱلْمُؤْمِنِينَ

    Faftaḥ baynee wa-baynahum fat-hañw wanajjinee wa-mam maʻiya minal Muʹmineen.

    ފަހެ މިއަޅާއާއި އެމީހުންނާދެމެދު حكم އެއްކުރައްވައި ނިޔާއެއްކުރައްވާނދޭވެ! އަދި މިއަޅާއާއި މިއަޅާއާއިއެކުގައިވާ مؤمن ން ސަލާމަތްކުރައްވާނދޭވެ!

  178. 26:119

    فَأَنجَيْنَـٰهُ وَمَن مَّعَهُۥ فِى ٱلْفُلْكِ ٱلْمَشْحُونِ

    Faʹañjaynaahu wa-mam maʻahoo fil fulkil mashḥoon.

    ދެންފަހެ އެކަލޭގެފާނާއި އަދި އެކަލޭގެފާނާއި އެކުގައިވާ މީހުން ފުރިބާރުވެފައިވާ ނަވުގައި ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ.

  179. 26:120

    ثُمَّ أَغْرَقْنَا بَعْدُ ٱلْبَاقِينَ

    S̤umma ʹag̣raq̣naa baʻdul baaq̣een.

    ދެން އޭގެފަހުގައި ބާކީތިބި މީހުން ތިމަންރަސްކަލާނގެ غَرَق ކުރެއްވީމެވެ. ހަލާކު ކުރެއްވީމެވެ.

  180. 26:121

    إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ

    ʹInna fee ẓaalika laʹAayah; wa-maa kaana ʹaks̤aruhum Muʹmineen.

    ހަމަކަށަވަރުން އެކަންކަމުގައި (އެބަހީ: نوح عليه السّلام އާ އެކަލޭގެފާނާއި އެކުގައިވާ مؤمن ން ނަވުގައި ސަލާމަތްކުރެއްވުމާއި ކާފަރުން غرق ކުރައްވައި އެހިންގެވި ކަންކަމުގައި) بيان ވެގެންވާ دليل އާއި عبرة ވެއެވެ. އަދި އޭގެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ.

  181. 26:122

    وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ

    Wa-ʹInna Rabbaka la-Huwal ʻAzeezur Raḥeem.

    އަދި ހަމަކަށަވަރުން ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  182. 26:123

    كَذَّبَتْ عَادٌ ٱلْمُرْسَلِينَ

    Kaẓẓabat ʻAadunil mursaleen,

    عَاد ބާގައިގެމީހުން އެމީހުންގާތަށް ފޮނުއްވެވުނު رسول ދޮގުކުރިއެވެ. އެއީ هُوْدُ عليه السّلام އެވެ.

  183. 26:124

    إِذْ قَالَ لَهُمْ أَخُوهُمْ هُودٌ أَلَا تَتَّقُونَ

    ʹIẓ q̣aala lahum ʹakhoohum Hoodun ʹalaa tattaq̣oon?

    އެމީހުންގެ أخ هود عليه السّلام އެމީހުންނަށް ވިދާޅުވިއެވެ. ކަލޭމެން ފަހެ تقوى ވެރި ނުވާނޭހެއްޔެވެ؟ (ﷲ އަށް ބިރުވެތިނުވާނޭހެއްޔެވެ؟)

  184. 26:125

    إِنِّى لَكُمْ رَسُولٌ أَمِينٌ

    ʹInnee lakum rasoolun ʹameen.

    ހަމަކަށަވަރުން އަހުރެންނަކީ ކަލޭމެންނަށްވާ أمانة ތެރި رسول އަކީމެއެވެ.

  185. 26:126

    فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ

    Fattaq̣ul laaha wa-ʹaṭeeʻoon.

    ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އަދި ކަލޭމެން ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ!

  186. 26:127

    وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ

    Wa-maaa ʹasʹalukum ʻalayhi min ʹajr; ʹin ʹajriya ʹillaa ʻalaa Rabbil ʻAalameen.

    އަދި އެކަންތަކުގެމައްޗަށް (އެބަހީ: رسول ކަން އިއްވަވައި ކަލޭމެންނަށް نصيحة ތެރިވުމުގެ މައްޗަށް) އަހުރެން ކަލޭމެންގެ ކިބައިން އެއްވެސް އުޖޫރައަކަށް ނޭދެމެވެ. އަހުރެންގެ ދަރުމަ ހަމައެކަނި عالم ތައް ހައްދަވާބޮޑުކުރައްވާ އެތަކެތީގެ ވެރި ربّ ގެ حضرة ންމެނުވީ ނުވެއެވެ.

  187. 26:128

    أَتَبْنُونَ بِكُلِّ رِيعٍ ءَايَةً تَعْبَثُونَ

    ʹAtabnoona bikulli reeʻin ʹaayatañ taʻbas̤oon?

    (ރަށުގެ) އުސް ކޮންމެތަނެއްގައި ނުވަތަ ކޮންމެ މަގެއްގައި ކަލޭމެން ކުޅެ ވިޔާނުދާ ކަންތައްކުރުމަށް އުސްބިނާއެއް ހަދަނީހެއްޔެވެ؟ ހަދަނީއެވެ.

  188. 26:129

    وَتَتَّخِذُونَ مَصَانِعَ لَعَلَّكُمْ تَخْلُدُونَ

    Wa-tattakhiẓoona maṣaaniʻa laʻallakum takhludoon?

    އަދި ކަލޭމެން (ދުނިޔޭގައި މަރުނުވެ) ދެމިތިބުމަށްޓަކައި ނުވަތަ ތިބޭނޭކަމަށް - ބޮޑެތި ކިއްލާތަކާއި ފެކްޓަރީތަކާއި ގަނޑުވަރުތައް ހަދަނީއެވެ. ބިނާކުރަނީއެވެ.

  189. 26:130

    وَإِذَا بَطَشْتُم بَطَشْتُمْ جَبَّارِينَ

    Wa-ʹiẓaa baṭashtum̃ baṭashtum jabbaareen?

    އަދި ކަލޭމެން މީހަކަށް އަދަބެއްދީ عقوبة އެއްދެންޏާ ކަލޭމެން އެކަންކުރަނީ ނުބައި جبّار ން ކުރިގޮތަށް ނު حقّ ންނެވެ. އަނިޔާވެރިގޮތުގައެވެ.

  190. 26:131

    فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ

    Fattaq̣ul laaha wa-ʹaṭeeʻoon.

    ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އަދި ތިމަންކަލޭގެފާނަށް ކަލޭމެން ކިޔަމަންވާށެވެ!

  191. 26:132

    وَٱتَّقُوا۟ ٱلَّذِىٓ أَمَدَّكُم بِمَا تَعْلَمُونَ

    Wattaq̣ul laẓeee ʹamaddakum̃ bimaa taʻlamoon.

    އަދި ކަލޭމެން ދަންނަ ކަލޭމެންނަށް އެނގޭތަކެތިން ކަލޭމެންނަށް މަދަދުކުރެއްވި ކަލާނގެއަށް ކަލޭމެން ބިރުވެތިވާށެވެ! تقوى ވެރިވާށެވެ!

  192. 26:133

    أَمَدَّكُم بِأَنْعَـٰمٍ وَبَنِينَ

    ʹAmaddakum̃ biʹanʻaamiñw wabaneen,

    އަދި ކަލޭމެން ދަންނަ ކަލޭމެންނަށް އެނގޭތަކެތިން ކަލޭމެންނަށް މަދަދުކުރެއްވި ކަލާނގެއަށް ކަލޭމެން ބިރުވެތިވާށެވެ! تقوى ވެރިވާށެވެ!

  193. 26:134

    وَجَنَّـٰتٍ وَعُيُونٍ

    Wa-jannaatiñw Waʻuyoon.

    އަދި ބަގީޗާތަކާއި އާރުތަކުން ކޯރުތަކުން އެކަލާނގެ ކަލޭމެނަށް މަދަދުކޮށްދެއްވިއެވެ.

  194. 26:135

    إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ

    ʹInneee ʹakhaafu ʻalaykum ʻAẓaaba Yawmin ʻaz̤̣eem.

    ހަމަކަށަވަރުން ބޮޑުވެގެންވާ ދުވަހެއްގެ عذاب ކަލޭމެންގެމައްޗަށް އަދުވެދާނެކަމަށް އަހުރެން ބިރުގަންނަމެވެ.

  195. 26:136

    قَالُوا۟ سَوَآءٌ عَلَيْنَآ أَوَعَظْتَ أَمْ لَمْ تَكُن مِّنَ ٱلْوَٰعِظِينَ

    Q̣aaloo sawaaaʹun ʻalaynaaa ʹa-waʻaz̤̣ta ʹam lam takum minal waaʻiz̤̣een!

    އެމީހުން يعني: އެ قوم ގެ ކާފަރުން އެކަލޭގެފާނަށް ދެންނެވިއެވެ. ކަލޭގެފާނު އަހުރެމެންގެ މައްޗަށް وعظ އާއި نصيحة ދެއްވުމެކޭ ނުވަތަ ކަލޭގެފާނު وعظ އާއި نصيحة ނުދެއްވުމެކޭ) ހަމަހަމައެވެ. (އަހުރެމެން إيمان ނުވާހުށީމެވެ.)

  196. 26:137

    إِنْ هَـٰذَآ إِلَّا خُلُقُ ٱلْأَوَّلِينَ

    ʹIn haaẓaaa ʹillaa khuluq̣ul ʹawwaleen,

    ތިޔަވާހަކަތަކަކީ ހަމަ އިސްވެދިޔަ މީހުންގެ ދޮގުވާހަކަތައް ކަމުގައި މެނުވީނުވެއެވެ.

  197. 26:138

    وَمَا نَحْنُ بِمُعَذَّبِينَ

    Wa-maa naḥnu bimuʻaẓẓabeen!

    އަދި އަހުރެމެންނަކީ عذاب ލިބެވޭނޭ ބަޔަކުކަމުގައި ނުވެއެވެ.

  198. 26:139

    فَكَذَّبُوهُ فَأَهْلَكْنَـٰهُمْ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ

    Fakaẓẓaboohu faʹahlaknaahum. ʹInna fee ẓaalika laʹAayah: wa-maa kaana ʹaks̤aruhum Muʹmineen.

    ފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެންފަހެ ތިމަންރަސްކަލާނގެ އެމީހުން ހަލާކުކުރެއްވީމެވެ. ހަމަކަށަވަރުން އެކަންތައްތަކުގައި (އެބަހީ: هود ގެފާނުންގެ قوم ގެމީހުން އެމީހުންގެ رسول ދޮގުކުރުމުގެ ސަބަބުން އެމީހުން ހަލާކުކުރެއްވުމުގައި ކަލޭގެފާނުންގެ قوم ގެމީހުންނަށްވާ) ދަލީލެއްވެއެވެ. عبرة އެއްވެއެވެ. އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ. ތެދުކުރި މީހުންކަމުގައި ނުވިއެވެ.

  199. 26:140

    وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ

    Wa-ʹinna Rabbaka la-Huwal ʻAzeezur Raḥeem.

    އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެއީ عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުކަލާނގެއެވެ.

  200. 26:141

    كَذَّبَتْ ثَمُودُ ٱلْمُرْسَلِينَ

    Kaẓẓabat s̤amoodul mursaleen.

    އަދި ثَمود ބާގައިގެމީހުން ފޮނުއްވުނު ر سول ން ދޮގުކުރިއެވެ.

  201. 26:142

    إِذْ قَالَ لَهُمْ أَخُوهُمْ صَـٰلِحٌ أَلَا تَتَّقُونَ

    ʹIẓ q̣aala lahum ʹakhoohum Ṣaaliḥun ʹalaa tattaq̣oon?

    އެއީ އެމީހުންގެ أخ (صَالح ގެފާނު) صالح عليه السّلام - ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން تقوى ވެރިނުވާނޭ ހެއްޔެވެ؟ ބިރުވެތި ނުވާނޭހެއްޔެވެ؟

  202. 26:143

    إِنِّى لَكُمْ رَسُولٌ أَمِينٌ

    ʹInnee lakum rasoolun ʹameen.

    ހަމަކަށަވަރުން އަހުރެންނަކީ ކަލޭމެންނަށްވާ އަމާނާތްތެރި رسول އަކީމެވެ.

  203. 26:144

    فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ

    Fattaq̣ul laaha wa-ʹaṭeeʻoon.

    ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އަދި ކަލޭމެން ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ!

  204. 26:145

    وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ

    Wa-maaa ʹasʹalukum ʻalayhi min ʹajr: ʹin ʹajriya ʹillaa ʻalaa Rabbil ʻAalameen.

    އަދި އެކަމުގެމައްޗަށް (އެބަހީ: رسول ކަން އިއްވަވައި ކަލޭމެންނަށް نصيحة ތެރިވުމުގެ މައްޗަށް) އަހުރެން ކަލޭމެންގެ ކިބައިން އެއްވެސް އުޖޫރައަކަށް ނޭދެމެވެ. އަދި އަހުރެންގެ ދަރުމަ عَالم ތަކުގެ ވެރި ربّ ގެ حضرة ގައި މެނުވީ ނުވެއެވެ.

  205. 26:146

    أَتُتْرَكُونَ فِى مَا هَـٰهُنَآ ءَامِنِينَ

    ʹAtutrakoona Fee maa- haahunaaa ʹaamineen,

    މިތާ މިދުނިޔޭގައިވާ ތަކެތީގެ ތެރެއަށް އަމާންކަމާއިއެކު އުޅުމަށް ކަލޭމެން ދޫކުރެވޭނޭހެއްޔެވެ؟

  206. 26:147

    فِى جَنَّـٰتٍ وَعُيُونٍ

    Fee jannaatiñw waʻuyoon,

    ،(148) އެތާވާ ބަގީޗާތަކާއި ކޯރުތަކާއި ދަނޑުތަކާއި އަދި އޭގެ އިހާގަނޑު ދޮންވެ ފައްކާވެފައިވާ ކަދުރު ރުއްތަކުގެ ތެރޭގައި (މަޖާނަގަން ދޫކޮށްފައިތިބެވޭނެ ހެއްޔެވެ؟)

  207. 26:148

    وَزُرُوعٍ وَنَخْلٍ طَلْعُهَا هَضِيمٌ

    Wa-zurooʻiñw Wanakhliñ ṭal-ʻuhaa haḍeem?

    ،(148) އެތާވާ ބަގީޗާތަކާއި ކޯރުތަކާއި ދަނޑުތަކާއި އަދި އޭގެ އިހާގަނޑު ދޮންވެ ފައްކާވެފައިވާ ކަދުރު ރުއްތަކުގެ ތެރޭގައި (މަޖާނަގަން ދޫކޮށްފައިތިބެވޭނެ ހެއްޔެވެ؟)

  208. 26:149

    وَتَنْحِتُونَ مِنَ ٱلْجِبَالِ بُيُوتًا فَـٰرِهِينَ

    Wa-tanḥitoona minal jibaali buyootañ faariheen?

    އަދި ކަލޭމެން ފަރުބަދަތައް ކޮށައި ފޮފަނަގައިގެން ރަނގަޅު މޮޅުގެތައް ހަދަނީއެވެ.

  209. 26:150

    فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ

    Fattaq̣ul laaha wa-ʹaṭeeʻoon;

    ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ. އަދި ކަލޭމެން އަހުރެންނަށް ކިޔަމަންތެރިވާށެވެ!

  210. 26:151

    وَلَا تُطِيعُوٓا۟ أَمْرَ ٱلْمُسْرِفِينَ

    Wa-laa tuṭeeʻooo ʹamral musrifeen,

    އަދި ނުބައިކަންތަކުގައި ދެމިތިބޭ مُسْرِف ންގެ أمر އަށް ކަލޭމެން ކިޔަމަންތެރިނުވާށެވެ!

  211. 26:152

    ٱلَّذِينَ يُفْسِدُونَ فِى ٱلْأَرْضِ وَلَا يُصْلِحُونَ

    ʹAllaẓeena yufsidoona fil ʹarḍi wa-laa yuṣliḥoon.

    މިބުނާ مُسْرِف ންނަކީ ބިމުގައި ފަސާދަކުރާ މީހުންނެވެ. އަދި إصلاح ނުކުރާ މީހުންނެވެ.

  212. 26:153

    قَالُوٓا۟ إِنَّمَآ أَنتَ مِنَ ٱلْمُسَحَّرِينَ

    Q̣aalooo ʹinnamaaa ʹañta minal musaḥḥareen!

    އެމީހުން - އެބަހީ: ثمود ބާގައިގެ ކާފަރުން ދެންނެވިއެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ مخلوق ންގެ ތެރެއިންވާ ބޭކަލެކެވެ. ކަލޭގެފާނަކީ سِحْرُ ޖެހިފައިވާ މީހުންގެތެރެއިންވާ ބޭކަލެކެވެ.

  213. 26:154

    مَآ أَنتَ إِلَّا بَشَرٌ مِّثْلُنَا فَأْتِ بِـَٔايَةٍ إِن كُنتَ مِنَ ٱلصَّـٰدِقِينَ

    Maaa ʹañta ʹillaa basharum mis̤lunaa: faʹti biʹAayatin ʹiñ kuñta minaṣ Ṣaadiq̣een!

    އަހުރެމެންކަހަލަ آدم ގެދަރިއަކު ކަމުގައި މެނުވީ ކަލޭގެފާނު ނުވެއެވެ. ކަލޭގެފާނަކީ (ތިޔަދައްކަވާ ވާހަކަފުޅުގައި) ތެދުވެރިބޭކަލަކު ކަމުގައި ވަންޏާ ފަހެ ކަލޭގެފާނު ނިކަން مُعْجِزَة އެއް ގެނަސްބަލާށެވެ. رسول އަކުކަމުގައި ބެލެވޭނީ އޭރުންނެވެ.

  214. 26:155

    قَالَ هَـٰذِهِۦ نَاقَةٌ لَّهَا شِرْبٌ وَلَكُمْ شِرْبُ يَوْمٍ مَّعْلُومٍ

    Q̣aala haẓihee naaq̣atul lahaa shirbuñw walakum shirbu yawmim maʻloom.

    އެކަލޭގެފާނު يعني: صالح عليه السّلام ވިދާޅުވިއެވެ. މިއޮތީ ޖަމަލެކެވެ. (ﷲ ގެ جمل ފުޅެވެ.) (ރަށުގެ) ފެން އެއްދުވަހު އެޖަމަލަށެވެ. (އެދުވަހު ކަލޭމެން ފެންބޭނުން ނުކުރާށެވެ!) އަދި ކަނޑައެޅި އެނގިގެންވާ އަނެއްދުވަހުގެ ފެން ކަލޭމެނަށެވެ. (އެދުވަހު އެޖަމަލު ފެން ނުބޯނެއެވެ.)

  215. 26:156

    وَلَا تَمَسُّوهَا بِسُوٓءٍ فَيَأْخُذَكُمْ عَذَابُ يَوْمٍ عَظِيمٍ

    Walaa tamassoohaa bisoooʹiñ fayaʹkhuẓakum ʻAẓaabu yawmin ʻaz̤̣eem.

    އަދި ނުބައެއް ހެދުމުގެ ގޮތުން ކަލޭމެން އެޖަމަލުގައި ނުބީހޭށެވެ! (ކޮންމެސްކޮންމެސް ގޯނާއެއް ނުކުރާށެވެ. އޭތި އުޅޭގޮތަކަށް އޭތިއުޅޭން ދޫކޮށްލާށެވެ!) އެފަދަ ގޯނާއެއް އެއަށް ކޮށްފިނަމަ ކަލޭމެނަށް ބޮޑުވެގެންވާ ދުވަހެއްގެ عذاب އަތުވެދާނެއެވެ.

  216. 26:157

    فَعَقَرُوهَا فَأَصْبَحُوا۟ نَـٰدِمِينَ

    Faʻaq̣aroohaa faʹaṣbaḥoo naadimeen.

    ފަހެ އެމީހުން އެއެތި މަރައިފިއެވެ. އެހެންވެ އެމީހުން ހިތާމަކުރާ حال ފަތިސްކޮށްފިއެވެ. އެމީހުންނީ ހިތާމަކުރާ ބަޔަކުކަމުގައި ވެއްޖެއެވެ.

  217. 26:158

    فَأَخَذَهُمُ ٱلْعَذَابُ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ

    Faʹakhaẓahumul ʻAẓaab. ʹInna fee ẓaalika laʹAayah: wa-maa kaana ʹaks̤aruhum Muʹmineen.

    ފަހެ އެމީހުންނަށް عذاب އަތުވެއްޖެއެވެ. (އެއީ ގަދައަޑުފަށަކާއިއެކު زَلْزَلَة އެކެވެ.) ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: ثمود ބާގައިގެމީހުން އެމީހުންގެ رسول އާ صالح عليه السّلام ދޮގުކުރުމުގެ ސަބަބުން އެމީހުން ހަލާކު ކުރެއްވުމުގައި ކަލޭގެފާނުންގެ أمّة ގެމީހުންނަށްވާ) عِبْرة އާއި نصيحة ވެއެވެ. އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ. ތެދުކުރިމީހުންކަމުގައި ނުވިއެވެ.

  218. 26:159

    وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ

    Wa-ʹinna Rabbaka la-Huwal ʹAzeezur Raḥeem.

    އަދި ހަމަކަށަވަރުން ކަލޭގެފާނުން ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  219. 26:160

    كَذَّبَتْ قَوْمُ لُوطٍ ٱلْمُرْسَلِينَ

    Kaẓẓabat q̣awmu Looṭinil mursaleen.

    އަދި لُوط قوم ގެ މީހުން ފޮނުއްވުނު رَسُول ބޭކަލުން ދޮގުކުރިއެވެ.

  220. 26:161

    إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلَا تَتَّقُونَ

    ʹIẓ q̣aala lahum ʹakhoohum Looṭun ʹalaa tattaq̣oon?

    އެއީ އެމީހުންގެ أَخ لُوط عليه السّلام ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން تقوى ވެރި ނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ؟

  221. 26:162

    إِنِّى لَكُمْ رَسُولٌ أَمِينٌ

    ʹInnee lakum rasoolun ʹameen.

    ހަމަކަށަވަރުން ތިމަންކަލޭގެފާނަކީ ކަލޭމެންނަށްވާ އަމާނާތްތެރި رسول އަކީމެވެ.

  222. 26:163

    فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ

    Fattaq̣ul laaha wa-ʹaṭeeʻoon.

    ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އަދި ކަލޭމެން ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ!

  223. 26:164

    وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ

    Wa-maaa ʹasʹalukum ʻalayhi min ʹajr: ʹIn ʹajriya ʹillaa ʻalaa Rabbil ʻAalameen.

    އަދި އެކަމުގެ މައްޗަށް - އެބަހީ: رسول ކަން އިއްވެވުމުގެމައްޗަށް) ކަލޭމެންގެ ކިބައިން ތިމަންކަލޭގެފާނު އެއްވެސް އުޖޫރައަކަށް ނޭދެމެވެ. އަދި ތިމަންކަލޭގެފާނުންގެ އުޖޫރަ عَالم ތަކުގެ ވެރި ﷲ ގެ حضرة ގައި މެނުވީ ނުވެއެވެ.

  224. 26:165

    أَتَأْتُونَ ٱلذُّكْرَانَ مِنَ ٱلْعَـٰلَمِينَ

    ʹAtaʹtoonaẓ ẓukraana minal ʻaalameen,

    އަދި މީސްތަކުންކުރެ ފިރިހެނުން ކަލޭމެން ގެނަސްގަންނަނީހެއްޔެވެ؟ (އެބަހީ: އަންހެނުންގެ ބަދަލުގައި ކަލޭމެން ފިރިހެނުންނާ جماع ވަނީއެވެ. ފިރިހެނުންނާ އެޅެނީއެވެ.)

  225. 26:166

    وَتَذَرُونَ مَا خَلَقَ لَكُمْ رَبُّكُم مِّنْ أَزْوَٰجِكُم ۚ بَلْ أَنتُمْ قَوْمٌ عَادُونَ

    Wataẓaroona maa- khalaq̣a lakum Rabbukum min ʹazwaajikum? bal ʹañtum q̣awmun ʻaadoon!

    އަދި ކަލޭމެންގެ رَبُّ ކަލޭމެނަށްޓަކައި ހައްދަވާފައިވާ އަންހެނުންތައް ކަލޭމެން ދޫކުރަނީއެވެ. ބޭނުން ނުކުރަނީއެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންނަކީ - ފާފަކުރުމާއި ނުބައިކަންތަކުގައި ހައްދުފަހަނަޅާފައިވާ ބައެކެވެ.

  226. 26:167

    قَالُوا۟ لَئِن لَّمْ تَنتَهِ يَـٰلُوطُ لَتَكُونَنَّ مِنَ ٱلْمُخْرَجِينَ

    Q̣aaloo laʹil lam tañtahi yaa-Looṭu latakoonanna minal mukhrajeen!

    އެމީހުން ދެންނެވިއެވެ. އޭ لوط އެވެ. ކަލޭގެފާނު ތިޔަދައްކަވާ ވާހަކަ ހުއްޓަވައި ނުލެއްވިއްޔާ ކަލޭގެފާނުވާހުށީ (ރަށުން) ނެރެވިގެންވާ މީހުންގެތެރެއިންނެވެ. (އެބަހީ: ރަށުން ނެރެލާހުށީމެވެ.)

  227. 26:168

    قَالَ إِنِّى لِعَمَلِكُم مِّنَ ٱلْقَالِينَ

    Q̣aala ʹinnee liʻamalikum minal q̣aaleen.

    އެކަލޭގެފާނުން ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު މިވަނީ ކަލޭމެންގެ ތިޔަ عمل ތަކަށް ރުޅިއަރާ މީހުންގެތެރެއިންނެވެ.

  228. 26:169

    رَبِّ نَجِّنِى وَأَهْلِى مِمَّا يَعْمَلُونَ

    Rabbi najjinee wa-ʹahlee mimmaa yaʻmaloon!

    އޭއަޅުގެ ربّ އެވެ. މިއަޅާއާއި މިއަޅާގެ أهل ވެރިން އެމީހުން އެކުރާ ކަންތަކުން ސަލާމަތްކުރައްވާނދޭވެ!

  229. 26:170

    فَنَجَّيْنَـٰهُ وَأَهْلَهُۥٓ أَجْمَعِينَ

    Fanajjaynaahu wa-ʹahlahooo ʹajmaʻeen,

    ފަހެ އެކަލޭގެފާނާއި އެކަލޭގެފާނުންގެ އެންމެހައި أهل ވެރިން ތިމަންރަސްކަލާނގެ ސަލާމަތްކުރައްވައި ނަޖާކުރެއްވީމެވެ.

  230. 26:171

    إِلَّا عَجُوزًا فِى ٱلْغَـٰبِرِينَ

    ʹIllaa ʻajoozañ fil g̣aabireen.

    ބާކީވެތިބި މީހުންގެތެރޭގައި ވި އެންމެ عَجُوز އަކު މެނުވީއެވެ. (މުސްކުޅި އެންމެ އަންހެނަކު މެނުވީއެވެ. އެއީ لُوط عليه السّلام ގެ އަނބިކަނބަލުން ކަމުގައިވިއެވެ. އެކަމަނާވީ ހަލާކުވީ މީހުންގެތެރެއިންނެވެ.)

  231. 26:172

    ثُمَّ دَمَّرْنَا ٱلْـَٔاخَرِينَ

    S̤umma dammarnal ʹaakhareen.

    ދެންތިބި އަނެއް މީސްތަކުން (އެބަހީ: لُوط عليه السّلام އާއި އެކަލޭގެފާނުންގެ أهل ވެރިން ފިޔަވައި) ދެންތިބިމީހުން ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ.

  232. 26:173

    وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَسَآءَ مَطَرُ ٱلْمُنذَرِينَ

    Wa-ʹamṭarnaa ʻalayhim maṭaraa: fasaaaʹa maṭarul muñẓareen!

    އަދި އެމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ (ހިލައިގެ) ވާރޭއެއް ވެއްސެވީމެވެ. ފަހެ إنْذَار ކުރެވުނުމީހުންނަށް ވެހެވުނު ވާރޭ ނުބައިވެގެންވެއެވެ.

  233. 26:174

    إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ

    ʹInna fee ẓaalika laʹAayah: wa-maa kaana ʹaks̤aruhum Muʹmineen.

    ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: لُوط عليه السّلام ގެ قوم ގެ މީހުން އެމީހުންގެ رسول ދޮގުކުރުމުގެ ސަބަބުން އެމީހުން ހަލާކު ކުރެއްވުމުގައި) ކަލޭގެފާނުންގެ قوم ގެ މީހުންނަށްވާ دليل އާއި عبرة ވެއެވެ. އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ.

  234. 26:175

    وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ

    Wa-ʹinna Rabbaka la-Huwal ʻAzeezur Raḥeem.

    އަދި ހަމަކަށަވަރުން ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ربّ އެއީ عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  235. 26:176

    كَذَّبَ أَصْحَـٰبُ لْـَٔيْكَةِ ٱلْمُرْسَلِينَ

    Kaẓẓaba ʹAṣḥaabul ʹAykatil mursaleen.

    أَيْكَةُ ގެ އެކުވެރިން - އެރަށުގެ أهل ވެރިން - އެމީހުންގާތަށް ފޮނުއްވެވުނު رسول ބޭކަލުން ދޮގުކުރިއެވެ.\n• ދަންނައެވެ. أَيْكَةُ އަކީ أصل ގައި ބޮނޑިބޮނޑިވެފައިވާ ބޯގަސްތަކެވެ. އެއީ އެރަށުގެ ނަމެވެ. އެހެންވީމާ شُعَيْبُ عليه السّلام ފޮނުއްވާފައި މިވަނީ ދެރަށަކަށެވެ. އެއީ مَدْيَنُ އާއި أَيْكَة އެވެ. قُرُطبى ގެ تفسير ގައި އެވާހަކަ އެގޮތަށްވެއެވެ. والله أعلم.

  236. 26:177

    إِذْ قَالَ لَهُمْ شُعَيْبٌ أَلَا تَتَّقُونَ

    ʹIẓ q̣aala lahum Shuʻaybun ʹalaa tattaq̣oon?

    އެއީ شُعَيْبُ عليه السّلام ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު އެމީހުނަށް ވިދާޅުވިއެވެ. ކަލޭމެން تقوى ވެރި ނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ؟

  237. 26:178

    إِنِّى لَكُمْ رَسُولٌ أَمِينٌ

    ʹInnee lakum rasoolun ʹameen.

    ހަމަކަށަވަރުން ތިމަންކަލޭގެފާނީ ކަލޭމެނަށްވާ އަމާނާތްތެރި رسول އަކީމެވެ.

  238. 26:179

    فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ

    Fattaq̣ul laaha wa-ʹaṭeeʻoon.

    ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އަދި ކަލޭމެން ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ!

  239. 26:180

    وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ

    Wa-maaa ʹasʹalukum ʻalayhi min ʹajr: ʹin ʹajriya ʹillaa ʻalaa Rabbil ʻAalameen.

    އަދި އެކަމުގެ މައްޗަށް (އެބަހީ: رسول ކަން އިއްވެވުމުގެމައްޗަށް) ކަލޭމެންގެ ކިބައިން އެއްވެސް أُجُور އަކަށް ތިމަންކަލޭގެފާނު އެދިވަޑައިނުގަންނަމެވެ. ތިމަންކަލޭގެފާނުންގެ أجور ހަމައެކަނި عَالم ތަކުގެ ވެރި ربّ ގެ حضرة ގައި މެނުވީ ނުވެއެވެ.

  240. 26:181

    ۞ أَوْفُوا۟ ٱلْكَيْلَ وَلَا تَكُونُوا۟ مِنَ ٱلْمُخْسِرِينَ

    ʹAwful kayla wa-laa takoonoo minal mukhsireen.

    ކަލޭމެން މިނުން ހަމަހަމަކުރާށެވެ! ފުރިހަމަކުރާށެވެ. އަދި އުނިކުރާ މީހުންގެތެރެއިން ކަލޭމެން ނުވާށެވެ!

  241. 26:182

    وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ

    Wazinoo bilq̣isṭaasil mustaq̣eem.

    އަދި ސީދާވެގެންވާ ތިލަފަތުން (مِيْزَان ން) ކަލޭމެން ވަޒަންކުރާށެވެ!

  242. 26:183

    وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ

    Wa-laa tabkhasun naasa ʹashyaaaʹahum wa-laa taʻs̤aw fil ʹarḍi mufsideen.

    އަދި މީސްތަކުންނަށް އެމީހުންގެ ތަކެތި މަދުނުކުރާށެވެ! އުނި ނުކުރާށެވެ! އަދި ބިމުގައި ފަސާދަކުރާ حال ބަރުބާދުކޮށް ނުބައިކޮށް ފަސާދަކުރާ މީހުންކަމުގައި ނުވާށެވެ!

  243. 26:184

    وَٱتَّقُوا۟ ٱلَّذِى خَلَقَكُمْ وَٱلْجِبِلَّةَ ٱلْأَوَّلِينَ

    Wattaq̣ul laẓee khalaq̣akum waljibillatal ʹawwaleen.

    އަދި ކަލޭމެންނާއި އަދި އިސްވެދިޔަ خَلْق ތަކުން ހެއްދެވި ކަލާނގެއަށް، (ﷲ އަށް) ބިރުވެތިވާށެވެ!

  244. 26:185

    قَالُوٓا۟ إِنَّمَآ أَنتَ مِنَ ٱلْمُسَحَّرِينَ

    Q̣aalooo ʹinnamaaa ʹañta minal musaḥḥareen!

    އެމީހުން ދެންނެވިއެވެ. ކަލޭގެފާނު ވާކަން ކަށަވަރީ سحر ޖެހިފައިވާ މީހުންގެތެރެއިންނެވެ.

  245. 26:186

    وَمَآ أَنتَ إِلَّا بَشَرٌ مِّثْلُنَا وَإِن نَّظُنُّكَ لَمِنَ ٱلْكَـٰذِبِينَ

    Wa-maaa ʹañta ʹillaa basharum mis̤lunaa wa-ʹin naz̤̣unnuka laminal kaaẓibeen!

    އަދި ހަމަ އަހުރެމެންފަދަ آدم ގެދަރިއަކު ކަމުގައި މެނުވީ ކަލޭގެފާނު ނުވެއެވެ. އަދި އަހުރެމެންނަށް ހީވާގޮތުގައި ކަލޭގެފާނު ވަނީ ދޮގުވެރިންގެތެރެއިންނެވެ.

  246. 26:187

    فَأَسْقِطْ عَلَيْنَا كِسَفًا مِّنَ ٱلسَّمَآءِ إِن كُنتَ مِنَ ٱلصَّـٰدِقِينَ

    Faʹasq̣iṭ ʻalaynaa kisafam minas samaaaʹi ʹiñ kuñta minaṣ ṣaadiq̣een!

    ފަހެ ކަލޭގެފާނަކީ ތެދުވެރިންގެ ތެރެއިންވާ ބޭކަލަކު ކަމުގައިވަންޏާ އަހުރެމެންގެ މައްޗަށް އުޑުން އެތިއެތިގަނޑު ނިކަން ވަރައިބަލާށެވެ!

  247. 26:188

    قَالَ رَبِّىٓ أَعْلَمُ بِمَا تَعْمَلُونَ

    Q̣aala Rabbeee ʹaʻlamu bimaa taʻmaloon.

    އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ތިޔަކުރަމުންދާ ކަންތައްތައް ތިމަންކަލޭގެފާނުންގެ ربّ ދެނެވޮޑިގެންވެއެވެ. (އެކަލާނގެ އެކަންކަމަށް ޖަޒާދެއްވާހުއްޓެވެ.)

  248. 26:189

    فَكَذَّبُوهُ فَأَخَذَهُمْ عَذَابُ يَوْمِ ٱلظُّلَّةِ ۚ إِنَّهُۥ كَانَ عَذَابَ يَوْمٍ عَظِيمٍ

    Fakaẓẓaboohu faʹakhaẓahum ʻaẓaabu Yawmiz̤̣ z̤̣ullah: ʹinnahoo kaana ʻaẓaaba Yawmin ʻAz̤̣eem.

    ދެންފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެން ހިޔާގަނޑުގެ ދުވަހުގެ عذاب އެމީހުންނަށް ޖެހިއްޖެއެވެ. ހަމަކަށަވަރުން އެ عذاب ވީ ބޮޑުވެގެންވާ ދުވަހެއްގެ عذاب ކަމުގައެވެ. • ދަންނައެވެ. ހިޔާގަނޑުގެ ދުވަހަކީ އެމީހުންނަށް عذاب އައި ދުވަހެވެ. އެކަންވީގޮތެއްކަމަށް އެތައް ބޭކަލެއްގެ އަރިހުން ރިވާކުރައްވައި تفسير الطبري އާއި އެހެނިހެން نفسير ތަކުގައިވެއެވެ. އެރަށުގެމީހުންގެ މައްޗަށް ﷲ تعالى ބޮޑުވިލާގަނޑެއް ފޮނުއްވިއެވެ. ދެން އެރަށުގެ މީސްތަކުން ފިނިކުރުމަށްޓަކައި އެވިލާގަނޑުގެ ހިޔަލަށް ޖަމާވީއެވެ. އެންމެން އެއްވެ جمع ވުމުން އެއްރިވާޔަތެއްގައިވާގޮތުން އެމީހުންގެމައްޗަށް އަލިފާނުގެ ވާރޭއެއް ވެއްސަވައި ހަލާކުކުރެއްވީއެވެ. އަދި އަނެއް ރިވާޔަތެއްގައިވާގޮތުން އެމީހުންނަށް ގަދައަޑުފަށަކާއި ބިންހެލުމެއް އައިސް މީސްތަކުން މަރުވީއެވެ. والله أعلم - = تفسير الطبري =

  249. 26:190

    إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ

    ʹInna fee ẓaalika laʹAayah: wa-maa kaana ʹaks̤aruhum Muʹmineen.

    ހަމަކަށަވަރުން އެކަންކަމުގައި ކަނޑައެޅި بَيَان ވެގެންވާ دليل އާއި عبرة ވެއެވެ. އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ. ތެދުކުރާ މީހުންކަމުގައި ނުވިއެވެ.

  250. 26:191

    وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ

    Wa-ʹinna Rabbaka la-Huwal ʻAzeezur Raḥeem.

    އަދި ހަމަކަށަވަރުން ކަލޭގެފާނުން ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  251. 26:192

    وَإِنَّهُۥ لَتَنزِيلُ رَبِّ ٱلْعَـٰلَمِينَ

    Wa-ʹinnahoo la-Tañzeelu Rabbil ʻAalameen.

    ހަމަކަށަވަރުން މި قرآن އަކީ عَالم ތައް ހައްދަވާ ބޮޑުކުރައްވާ ربّ ގެ ބާވައިލެއްވުމެކެވެ.

  252. 26:193

    نَزَلَ بِهِ ٱلرُّوحُ ٱلْأَمِينُ

    Nazala bihir Rooḥul ʹAmeen.

    އެ قرآن އާއިގެން (ﷲ ގެ حضرة ން) ފައިބާވަޑައިގެންނެވީ މާތްވެގެންވާ جِبْريل الأمين އެވެ.

  253. 26:194

    عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنذِرِينَ

    ʻAlaa q̣albika litakoona minal muñẓireen.

    ކަލޭގެފާނުންގެ ހިތްޕުޅަށް އެފޮތް ގެންނެވީ إنذار ކުރައްވާ ބޭކަލުންގެތެރެއިން ކަލޭގެފާނު ވުމަށްޓަކައެވެ.

  254. 26:195

    بِلِسَانٍ عَرَبِىٍّ مُّبِينٍ

    Bilisaanin ʻArabiyyim mubeen.

    އެއީ بيان ވެ ސާފުވެގެންވާ عرب ބަހުންނެވެ.

  255. 26:196

    وَإِنَّهُۥ لَفِى زُبُرِ ٱلْأَوَّلِينَ

    Wa-ʹinnahoo lafee Zuburil ʹawwaleen.

    އަދި ހަމަކަށަވަރުން އިސްވެދިޔަ ބައެއް سَمَاوِي ފޮތްތަކުގައި އެ قرآن ގެ خبر ތައްވެއެވެ.

  256. 26:197

    أَوَلَمْ يَكُن لَّهُمْ ءَايَةً أَن يَعْلَمَهُۥ عُلَمَـٰٓؤُا۟ بَنِىٓ إِسْرَٰٓءِيلَ

    ʹAwalam yakul lahum ʹAayatan ʹañy yaʻlamahoo ʻulamaaaʹu Baneee ʹIsraaaʹeel?

    އަޅެފަހެ بَنِي إسرائيلން ގެ عَالِم ންނަށް އެފޮތުގެ خبر ތައް އެނގޭކަން އެއީ އެމީހުންނަށް يعني: قرآن އަށް إنكار ކުރާ މީހުންނަށްވާ دليل އަކަށް ނުފުދޭބާވައެވެ؟ (އެބަހީ: قرآن ބާވައިލެއްވުމުގެ މާކުރީ ދުނިޔޭގައި އުޅޭ عالم ންނަށް އެފޮތުގެ خبر ތައް އެނގޭކަމީ އެފޮތް ތެދުކަމުގެ دليل އެކެވެ.)

  257. 26:198

    وَلَوْ نَزَّلْنَـٰهُ عَلَىٰ بَعْضِ ٱلْأَعْجَمِينَ

    Wa-law nazzalnaahu ʻalaa baʻḍil ʹaʻjameen,

    ،(199) އަދި ތިމަންރަސްކަލާނގެ އެފޮތް عرب ބަހުން ވާހަކަނުދެއްކޭ މީހެއްގެމައްޗަށް ބާވައިލައްވައި ދެން އެމީހާ އެމީހުންގެ މައްޗަށް (މައްކާގެމީހުންގެ މައްޗަށް) އެފޮތް ކިޔައިދިންނަމަ އެމީހުން އެފޮތަށް إيمان ނުވީހެވެ.

  258. 26:199

    فَقَرَأَهُۥ عَلَيْهِم مَّا كَانُوا۟ بِهِۦ مُؤْمِنِينَ

    Faq̣araʹahoo ʻalayhim maa kaanoo bihee muʹmineen.

    ،(199) އަދި ތިމަންރަސްކަލާނގެ އެފޮތް عرب ބަހުން ވާހަކަނުދެއްކޭ މީހެއްގެމައްޗަށް ބާވައިލައްވައި ދެން އެމީހާ އެމީހުންގެ މައްޗަށް (މައްކާގެމީހުންގެ މައްޗަށް) އެފޮތް ކިޔައިދިންނަމަ އެމީހުން އެފޮތަށް إيمان ނުވީހެވެ.

  259. 26:200

    كَذَٰلِكَ سَلَكْنَـٰهُ فِى قُلُوبِ ٱلْمُجْرِمِينَ

    Kaẓaalika salaknaahu fee q̣uloobil mujrimeen.

    ނުބައިވެގެންވާ مجرم ންގެ ހިތްތަކުގައި ތިމަންރަސްކަލާނގެ (إيمان ނުވުން) ވައްދަވައި ހަރުކުރެއްވީ އެފަދައިންނެވެ.

  260. 26:201

    لَا يُؤْمِنُونَ بِهِۦ حَتَّىٰ يَرَوُا۟ ٱلْعَذَابَ ٱلْأَلِيمَ

    Laa- yuʹminoona bihee ḥattaa yarawul ʻaẓabal ʹaleem;

    އެމީހުންނަށް ވޭންދެނިވި عذاب ފެންނަންދެން އެމީހުން އެފޮތަށް إيمان ނުވާނެއެވެ.

  261. 26:202

    فَيَأْتِيَهُم بَغْتَةً وَهُمْ لَا يَشْعُرُونَ

    Fayaʹtiyahum̃ bag̣tatañw wahum laa- yashʻuroon.

    އެމީހުންނަށް އެ عذاب އަންނާނީ ހަމަކުއްލިއަކަށެވެ. އެމީހުންނަށް إحساس ވެސްވުމަކާއި ނުލައެވެ.

  262. 26:203

    فَيَقُولُوا۟ هَلْ نَحْنُ مُنظَرُونَ

    Fayaq̣ooloo hal naḥnu muñz̤̣aroon.

    ފަހެ އެމީހުން ބުނާނެއެވެ. އެބަހީ: قرآن އަށް إنكار ކުރާމީހުން ބުނާނެއެވެ. އަހުރެމެން ފަސްކުރެވޭނެ ހެއްޔެވެ؟ މުހުލަތު ދެވޭނޭހެއްޔެވެ. (އެބަހީ: އަލުން ދުނިޔެއަށްގޮސް ހެޔޮ عمل ކުރުމަށް ތަންވަޅުދެވޭނޭހެއްޔެވެ؟)

  263. 26:204

    أَفَبِعَذَابِنَا يَسْتَعْجِلُونَ

    ʹAfabiʻaẓaabinaa yastaʻjiloon?

    އެމީހުން ފަހެ ތިމަންރަސްކަލާނގެ عذاب އަވަސްވުމަށް އެދެނީހެއްޔެވެ؟ (އެމީހުން އެފަދަ ބަސްތައް ބުނެހެއްޖެވެ.)

  264. 26:205

    أَفَرَءَيْتَ إِن مَّتَّعْنَـٰهُمْ سِنِينَ

    ʹAfaraʹayta ʹim mattaʻnaahum sineen.

    ކަލޭގެފާނު ނިކަން خبر ދެއްވައިބައްލަވާށެވެ. ތިމަންރަސްކަލާނގެ އެމީހުންނަށް އެތައްއަހަރުތަކެއްގެ އަރާމާއި މުހުލަތު ދިންނަމަވެސް

  265. 26:206

    ثُمَّ جَآءَهُم مَّا كَانُوا۟ يُوعَدُونَ

    S̤umma jaaaʹahum maa kaanoo yooʻadoon!

    ދެން އޭގެފަހުގައި އެމީހުންނަށް وَعْدُ ވެގެންވާ عذاب އެމީހުންނަށް އައިނަމަވެސް

  266. 26:207

    مَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يُمَتَّعُونَ

    Maaa ʹag̣naa ʻanhum maa kaanoo yumattaʻoon!

    އެދިން މުހުލަތާއި ތިބިތިބުމުން އެއްވެސްކަމެއް އެމީހުންނަށް ނުފުދޭނެއެވެ. (އެމީހުންގެ شرك ން ދުރުވެ توبة ނުވާނެއެވެ.) އެހެންވެ އެމީހުންގެ عذاب ވެސް ލުއިނުކުރެވޭނެއެވެ.

  267. 26:208

    وَمَآ أَهْلَكْنَا مِن قَرْيَةٍ إِلَّا لَهَا مُنذِرُونَ

    Wa-maaa ʹahlaknaa miñ q̣aryatin ʹillaa lahaa muñẓiroon.

    އަދި ތިމަންރަސްކަލާނގެ އެއްވެސް ރަށަކަށް إنذار ކުރައްވާނޭ رسول ބޭކަލުން ފޮނުއްވާފައިމެނުވީ އެރަށެއް ހަލާކު ނުކުރައްވަމެވެ. (އެބަހީ: ކޮންމެރަށެއްވެސް ތިމަންރަސްކަލާނގެ ހަލާކުކުރައްވަނީ އެރަށަކަށް رسول ބޭކަލަކު ފޮނުއްވައި އެމީހުންނަށް إنذار ކުރެއްވުމަށްފަހު އެމީހުން إيمان ނުވީމައެވެ.

  268. 26:209

    ذِكْرَىٰ وَمَا كُنَّا ظَـٰلِمِينَ

    Ẓikraa wa-maa kunnaa z̤̣aalimeen.

    އެއީ އެމީހުންނަށްވާ ހަނދާންކޮށްދެއްވުމެކެވެ. އަދި ތިމަންރަސްކަލާނގެއީ އަނިޔާވެރިވެވޮޑިގަންނަވާ ކަލަކުކަމުގައި ނުވެއެވެ.

  269. 26:210

    وَمَا تَنَزَّلَتْ بِهِ ٱلشَّيَـٰطِينُ

    Wa-maa tanazzalat bihish shayaaṭeen;

    އަދި އެ قرآن އާއިގެން (އުޑުން ބިމަށް) ފޭބީ ޝައިތާނުންނެއް ނޫނެވެ.

  270. 26:211

    وَمَا يَنۢبَغِى لَهُمْ وَمَا يَسْتَطِيعُونَ

    Wa-maa yambag̣ee lahum wa-maa yastaṭeeʻoon.

    އަދި އެއީ އެސޮރުމެނަށް އެކަށީގެންވާކަމެއް ނޫނެވެ. އަދި އެއީ އެސޮރުމެނަށް ކުޅަދާނަވެގެންވާކަމެއްވެސް ނޫނެވެ.

  271. 26:212

    إِنَّهُمْ عَنِ ٱلسَّمْعِ لَمَعْزُولُونَ

    ʹInnahum ʻanis samʻi lamaʻzooloon.

    ހަމަކަށަވަރުން އެސޮރުމެންވަނީ (އުޑުގެ خبر ތައް އެހުމުން) މުޅިން ދުރުކުރެވިގެންނެވެ. (އެހެންވީއިރު އެ قرآن އާއިގެން އެސޮރުމެން ފައިބާނީ ކޮންފަދައަކުންހެއްޔެވެ؟)

  272. 26:213

    فَلَا تَدْعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَتَكُونَ مِنَ ٱلْمُعَذَّبِينَ

    Falaa tadʻu maʻal laahi ʹilaahan ʹaakhara fatakoona minal muʻaẓẓabeen.

    ފަހެ ކަލޭގެފާނު ﷲ އާއިއެކު އެހެން إله އަކަށް ގޮވާ دعاء ކުރައްވާ ނުހައްދަވާށެވެ! އެހެން ހައްދަވައިފިނަމަ عذاب ލިބިގެންވާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގެންފާނެއެވެ.

  273. 26:214

    وَأَنذِرْ عَشِيرَتَكَ ٱلْأَقْرَبِينَ

    Wa-ʹañẓir ʻasheeratakal ʹaq̣rabeen,

    އަދި ކަލޭގެފާނުންގެ ގާތްތިމާގެ މީހުންނަށް إنذار ކުރައްވާށެވެ!

  274. 26:215

    وَٱخْفِضْ جَنَاحَكَ لِمَنِ ٱتَّبَعَكَ مِنَ ٱلْمُؤْمِنِينَ

    Wakhfiḍ janaaḥaka limanit tabaʻaka minal Muʹmineen.

    އަދި مؤمن ންކުރެ ކަލޭގެފާނަށް تبع ވާ މީހަކަށްވިއްޔާ އޯގާވެރިވެވަޑައިގަންނަވާށެވެ!

  275. 26:216

    فَإِنْ عَصَوْكَ فَقُلْ إِنِّى بَرِىٓءٌ مِّمَّا تَعْمَلُونَ

    Faʹin ʻaṣawka faq̣ul ʹinnee bareeeʹum mimmaa taʻmaloon!

    ފަހެ އެމީހުން ކަލޭގެފާނަށް އުރެދިއްޖެއްޔާ އެމީހުނަށް ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު މިވަނީ ކަލޭމެންކުރާ ކަންތަކުން މުޅިން ބަރީއަވެގެންނެވެ.

  276. 26:217

    وَتَوَكَّلْ عَلَى ٱلْعَزِيزِ ٱلرَّحِيمِ

    Wa-tawakkal ʻalal ʻAzeezir Raḥeem.

    އަދި عزّة ވަންތަ ގިނަގިނައިން رحمة ލައްވާ ކަލާނގެ حضرة އަށް ކަލޭގެފާނު وكيل ކުރައްވާށެވެ! (އެފަރާތަށް އިތުބާރު ކުރައްވައި ކަންތައްތައް އެފަރާތާއި حوال ކުރައްވާށެވެ!)

  277. 26:218

    ٱلَّذِى يَرَىٰكَ حِينَ تَقُومُ

    ʹAllaẓee yaraaka ḥeena taq̣oom,

    އެކަލާނގެއީ ކަލޭގެފާނު (ނަމާދުފުޅަށް) ތެދުވެވަޑައިގަންނަވާހިނދު ދެނެވޮޑިގެންވާ ކަލާނގެއެވެ.

  278. 26:219

    وَتَقَلُّبَكَ فِى ٱلسَّـٰجِدِينَ

    Wa-taq̣allubaka fis saajideen.

    އަދި ކަލޭގެފާނު رُكُوع ކުރައްވާ سجدة ކުރައްވާއިރުވެސް އެކަލާނގެ ދެކެވޮޑިގެންވެއެވެ.

  279. 26:220

    إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ

    ʹInnahoo Huwas Sameeʻul ʻAleem.

    ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.

  280. 26:221

    هَلْ أُنَبِّئُكُمْ عَلَىٰ مَن تَنَزَّلُ ٱلشَّيَـٰطِينُ

    Hal ʹunabbiʹukum ʻalaa mañ tanazzalush shayaaṭeen?

    އެމީހެއްގެ މައްޗަށް شيطان ން ފައިބާ މީހެއްގެ خبر ތިމަންރަސްކަލާނގެ ކަލޭމެނަށް ދެއްވަންހެއްޔެވެ؟

  281. 26:222

    تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍ

    Tanazzalu ʻalaa kulli ʹaffaakin ʹas̤eem,

    އެސޮރުމެން ފައިބަނީ ގިނަގިނައިން ދޮގުހަދާ އަދި ފާފަކުރުންގިނަ މީހުންގެ މައްޗަށެވެ.

  282. 26:223

    يُلْقُونَ ٱلسَّمْعَ وَأَكْثَرُهُمْ كَـٰذِبُونَ

    Yulq̣oonas samʻa wa-ʹaks̤aruhum kaaẓiboon.

    އެސޮރުމެން (އުޑުންއަހާ خبر ތައް) ކަހީނުންނަށް ބުނެދެއެވެ. އަދި އެމީހުންކުރެ ގިނަމީހުންނަކީ يعني: ކަހީނުންކުރެ ގިނަމީހުންނަކީ ދޮގުވެރިންނެވެ. އެމީހުންގެ ގިނަވާހަކައަކީ ދޮގެވެ.

  283. 26:224

    وَٱلشُّعَرَآءُ يَتَّبِعُهُمُ ٱلْغَاوُۥنَ

    Washshuʻaraaaʹu yattabiʻuhumul g̣aawoon:

    އަދި شاعر ން އެބަހީ: ޅެންވެރިން ދަންނައެވެ. އެމީހުންނާއި غَاوِى އިން تبع ވެއެވެ. (غَاوى އަކީ شيطان އެވެ. ނުވަތަ މަގުފުރައްދާ ކޮންމެ މީހެކެވެ. آدم ގެދަރިޔަކަސް ޖިންނިޔަކަސް ހަމަހަމައެވެ.)

  284. 26:225

    أَلَمْ تَرَ أَنَّهُمْ فِى كُلِّ وَادٍ يَهِيمُونَ

    ʹAlam tara ʹannahum fee kulli waadiñy yaheemoon.

    އަދި އެމީހުން ކޮންމެ وادى އެއްގައިވެސް ހިނގާ އަދި ފީނާހަދާތަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ. (އެބަހީ: އެމީހުން ކޮންމެ ފަންނެއްގައިވެސް ޅެންތައް ކިޔައެވެ.)

  285. 26:226

    وَأَنَّهُمْ يَقُولُونَ مَا لَا يَفْعَلُونَ

    Wa-ʹannahum yaq̣ooloona maa laa- yafʻaloon?

    އަދި އެމީހުން ނުކުރާ ކަންތަކުގެ ވާހަކަ އެމީހުން ބުނާނެއެވެ.

  286. 26:227

    إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَذَكَرُوا۟ ٱللَّهَ كَثِيرًا وَٱنتَصَرُوا۟ مِنۢ بَعْدِ مَا ظُلِمُوا۟ ۗ وَسَيَعْلَمُ ٱلَّذِينَ ظَلَمُوٓا۟ أَىَّ مُنقَلَبٍ يَنقَلِبُونَ

    ʹIllal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati waẓakarul laaha kas̤eerañw wañtaṣaroo mim baʻdi maa- z̤̣ulimoo. Wa-sayaʻlamul laz̤̣eena z̤̣alamooo ʹayya muñq̣alabiñy yañq̣aliboon!

    އެމީހުންގެތެރެއިން އީމާންވެގެން صالح ކޮށް އަދި ގިނަގިނައިން ﷲ އަށް ذِكر ކޮށް ﷲ ހަނދާންކުރާމީހުން މެނުވީއެވެ. އަދި އެމީހުންނަށް އަނިޔާލިބެވުމަށްފަހު نصر ލިބުނު މީހުން މެނުވީއެވެ. (އެއީ: مؤمن ންގެ ތެރޭގައި ތިބި ޅެންވެރިންނެވެ. حَسَّان بن ثابت ކަހަލަ ބޭކަލުންނެވެ. އެފަދަމީހުންނަކީ ޅެމުން ކާފަރުންގެ މައްޗަށް نصر ލިބުނުމީހުންނެވެ.) އަދި އަނިޔާވެރިވީ މީސްތަކުންނަށް ނުވަތަ مشرك ންނަށް ތިމާމެން ފުރޮޅިގެންދާނޭ ތަނަކީ ކޮންތަނެއްކަން ނިކަންހުރެ އެނގިދާނެއެވެ. (އެތަނަކީ އެއީ ނަރަކައެވެ. والله أعلم)

  287. Surah An-NamlBegins here at 27:1

  288. 27:1

    طسٓ ۚ تِلْكَ ءَايَـٰتُ ٱلْقُرْءَانِ وَكِتَابٍ مُّبِينٍ

    Ṭaa-Seeen. Tilka ʹAayaatul Q̣ur-ʹaani wa-kitaabim mubeen;

    طس މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. إبن عبّاس ގެ އަރިހުން ރިވާވެގެންވާގޮތުގައި އެއީ ހުވައެކެވެ. والله أعلم. ހަމަކަށަވަރުން މިއީ قرآن ގެ އާޔަތްތަކެވެ. އަދި بيان ވެގެންވާ ފޮތުގެ އާޔަތްތަކެވެ.

  289. 27:2

    هُدًى وَبُشْرَىٰ لِلْمُؤْمِنِينَ

    Hudañw Wa-Bushraa lil-Muʹmineen,

    އެއީ مؤمن ންނަށްވާ ތެދުމަގަކާއި އަދި بَشَارة ބަހެކެވެ. އުފާވެރި خبر ތަކެކެވެ.

  290. 27:3

    ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ يُوقِنُونَ

    ʹAllaẓeena yuq̣eemoonaṣ Ṣalaata wa-yuʹtoonaz Zakaata wa-hum̃ bil-ʹAakhirati hum yooq̣inoon.

    މިބުނާ مؤمن ންނަކީ އެމީހުން ނަމާދު قائم ކުރާ އަދި ޒަކާތްދޭމީހުންނެވެ. އަދި ކަނޑައެޅިގެން آخرة އަންނާނެކަމަށް އެމީހުން يقين ކުރާ މީހުންނެވެ.

  291. 27:4

    إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ زَيَّنَّا لَهُمْ أَعْمَـٰلَهُمْ فَهُمْ يَعْمَهُونَ

    ʹInnal laẓeena laa- yuʹminoona bil-ʹAakhirati Zayyannaa lahum ʹaʻmaalahum fahum yaʻmahoon.

    އަދި ހަމަކަށަވަރުން آخرة ދުވަހަށް إيمان ނުވާމީހުން އެދުވަސް ތެދުނުކުރާ މީހުން ދަންނައެވެ. ތިމަންރަސްކަލާނގެ އެމީހުންގެ (އެނުބައި) عمل ތައް އެމީހުންނަށް ޒީނަތްތެރިކޮށްދިނީމެވެ. ފަހެ އެމީހުން އެކަމުގައި ދެފުށުއެޅިއެޅި ތިބެއެވެ. އަނދިރިވެގެންވެއެވެ. ހިތް އަނދިރިވެގެންވެއެވެ.

  292. 27:5

    أُو۟لَـٰٓئِكَ ٱلَّذِينَ لَهُمْ سُوٓءُ ٱلْعَذَابِ وَهُمْ فِى ٱلْـَٔاخِرَةِ هُمُ ٱلْأَخْسَرُونَ

    ʹUlaaaʹikal laẓeena lahum soooʹul ʻaẓaabi wa-hum fil ʹAakhirati humul ʹakhsaroon.

    އެމީހުން ދަންނައެވެ. އެމީހުންނަށް ހުރީ ހަމަ ނުބައި عذاب އެވެ. އަދި ކަނޑައެޅިގެން އެމީހުންނަކީ آخرة ގައި އެންމެބޮޑަށް ގެއްލި ހަލާކުވެގެންވާ މީހުންނެވެ.

  293. 27:6

    وَإِنَّكَ لَتُلَقَّى ٱلْقُرْءَانَ مِن لَّدُنْ حَكِيمٍ عَلِيمٍ

    Wa-ʹinnaka latulaq̣q̣al Q̣ur-ʹaana mil ladun Ḥakeemin ʻAleem.

    (އޭ رسول ﷲ އެވެ.) ހަމަކަށަވަރުން ކަލޭގެފާނު قرآن ލިބިވަޑައިގަންނަވަނީ، އެބަހީ: قرآن ދަސްފުޅުކުރައްވައި އުނގެނިވަޑައިގަންނަވަނީ حكمة ވަންތަ އަދި ދެނެވޮޑިގެންވާ ކަލެއްގެ حضرة ންނެވެ. (އެއީ މާތް ﷲ އެވެ. عالم ތަކުގެ ވެރި ربّ އެވެ.)

  294. 27:7

    إِذْ قَالَ مُوسَىٰ لِأَهْلِهِۦٓ إِنِّىٓ ءَانَسْتُ نَارًا سَـَٔاتِيكُم مِّنْهَا بِخَبَرٍ أَوْ ءَاتِيكُم بِشِهَابٍ قَبَسٍ لَّعَلَّكُمْ تَصْطَلُونَ

    ʹIẓ q̣aala Moosaa liʹahliheee ʹinneee ʹaanastu naaraa; saʹaateekum minhaa bikhabarin ʹaw ʹaateekum̃ bishihaabiñ q̣abasil laʻallakum taṣṭaloon.

    موسى عليه السّلام އެކަލޭގެފާނުންގެ أهل ވެރިންނަށް ވިދާޅުވިހިނދު ހަނދުމަފުޅުކުރައްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންނަށް އަލިފާނެއް ފެނެއެވެ. އެތަނުން خبر އެއް ނުވަތަ އަލިފާންކޮޅެއް ހިފައިގެން ކަލޭމެންގެގާތަށް އަހުރެން އަންނާނަމެވެ. (ކަލޭމެން މިތާ ތިބޭށެވެ.) އެއީ ކަލޭމެން ހީފިލުވާލުމުގެ أمّيد ގައެވެ. • ދަންނައެވެ. މިއިޝާރަތްވަނީ ސަލާމްލެއްވި موسى ގެފާނު އެކަލޭގެފާނުން أهل ވެރިންނާއިގެން مَدْيَنُ ދޫކުރައްވައި مصر އަށް ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅަށެވެ. އެއީ ފިނިބާރު ރެއެކެވެ. ހީފިލުމަށް އަލިފާންކޮޅަކަށް ބޭނުންވެވަޑައިގެންފައިވެއެވެ.

  295. 27:8

    فَلَمَّا جَآءَهَا نُودِىَ أَنۢ بُورِكَ مَن فِى ٱلنَّارِ وَمَنْ حَوْلَهَا وَسُبْحَـٰنَ ٱللَّهِ رَبِّ ٱلْعَـٰلَمِينَ

    Falammaa jaaaʹahaa noodiya ʹam boorika mañ fin Naari wa-man ḥawlahaa: wa-Subḥaanal laahi Rabbil ʻAalameen.

    ދެންފަހެ އެކަލޭގެފާނު އެއަލިފާނާއި ހަމައަށް (ނުވަތަ އެއަލިކަމާއި ހަމައަށް) ވަޑައިގެންނެވުމުން އެކަލޭގެފާނަށް ނިދާ އިއްވެވުނެވެ. (ގޮވައިލެއްވެވުނެވެ.) ހަމަކަށަވަރުން އަލިފާނުގައި - ނުވަތަ އަލިކަމުގައިވާ ކަލާނގެ بَركاة ވަންތަވެވޮޑިގެންވެއެވެ. އަދި އެއަލިކަމުގެ ވަށައިގެންވާ ބަޔަކުވެސް بركاة ވެގެންވެއެވެ. (އެއީ ملائكة ބޭކަލުންނާއި موسى ގެފާނެވެ.) އަދި ﷲ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. - އެއީ عَالم ތަކުގެ ވެރި ربّ އެވެ.

  296. 27:9

    يَـٰمُوسَىٰٓ إِنَّهُۥٓ أَنَا ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ

    Yaa-Moosaaa ʹinnahooo ʹAnal laahul ʻAzeezul Ḥakeem!

    އޭ موسى އެވެ. ހަމަކަށަވަރުން މި نور އަކީ މިއަލިކަމަކީ (ނުވަތަ މި އަލިފާނަކީ) ތިމަން ﷲ އެވެ. އެއީ عزّة ވަންތަ އަދި حكمة ވަންތަ ކަލާނގެއެވެ. • ދަންނައެވެ. މިދެއާޔަތުގެ تفسير ގައި ދަންނަބޭކަލުން ތަފާތު ގޮތްގޮތަށް ވިދާޅުވެފައިވެއެވެ. މިތާ މިވަނީ އޭގެތެރެއިން އެއްގޮތެވެ. والله أعلم بالصّواب

  297. 27:10

    وَأَلْقِ عَصَاكَ ۚ فَلَمَّا رَءَاهَا تَهْتَزُّ كَأَنَّهَا جَآنٌّ وَلَّىٰ مُدْبِرًا وَلَمْ يُعَقِّبْ ۚ يَـٰمُوسَىٰ لَا تَخَفْ إِنِّى لَا يَخَافُ لَدَىَّ ٱلْمُرْسَلُونَ

    Wa-ʹalq̣i ʻaṣaak! falammaa raʹaahaa tahtazzu kaʹannahaa jaaannuñw wallaa mudbirañw walam yuʻaq̣q̣ib yaa-Moosaa laa- takhaf: ʹinnee laa- yakhaafu ladayyal mursaloon,

    (އޭ موسى އެވެ!) ކަލޭގެފާނުންގެ އަސާކޮޅު އެއްލަވާށެވެ! (ދެން އެކަލޭގެފާނު އެއަސާކޮޅު އެއްލެވުމުން އެއަސާކޮޅު ހަރުފަޔަކަށްވެގެން حركاة ތެރިވާން ފަށައިފިއެވެ.) ފަހެ އެއެތިކޮންފަދަހެއްޔެވެ؟ އެއެތި جَانُّ އެއްފަދައެވެ. އެއީ ހަރުފައިގެ ވައްތަރެކެވެ. އަދި موسى عليه السّلام ފުރަގަސްދެއްވާ އެއާ ދުރަށް ވަޑައިގެންފިއެވެ. އަދި ހުންނެވިތަނަށް ވަޑައިނުގެންނެވިއެވެ. (ﷲ وحي ކުރެއްވިއެވެ.) އޭ موسى އެވެ. ކަލޭގެފާނު ބިރުފުޅުގެންވަޑައި ނުގަންނަވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ حضرة ގައި رسول ބޭކަލުން ބިރުފުޅުގެންވަޑައި ނުގަންނަވާނެއެވެ.

  298. 27:11

    إِلَّا مَن ظَلَمَ ثُمَّ بَدَّلَ حُسْنًۢا بَعْدَ سُوٓءٍ فَإِنِّى غَفُورٌ رَّحِيمٌ

    ʹIllaa mañ z̤̣alama s̤umma baddala ḥusnam baʻda soooʹiñ faʹinnee G̣afoorur Raḥeem.

    އަނިޔާވެރިވެއްޖެމީހަކު މެނުވީއެވެ. (އެބަހީ: އަނިޔާވެރިންނަށް ބިރުވެރިކަންވެއެވެ. ދެންވެސް އެމީހަކު އެކުރި ނުބައިކަމަށްފަހު އެކަން ހެޔޮކަމަށް ބަދަލުކޮށްފިއްޔާ (އެބަހީ: توبة ވެގެން ހެޔޮ عمل ކޮށްފިއްޔާ) ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. (މީގެ މުރާދަކީ އެމީހަކަށް ފާފަފުއްސަވާ رحمة ލައްވާހުށީމެވެ.)

  299. 27:12

    وَأَدْخِلْ يَدَكَ فِى جَيْبِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍ ۖ فِى تِسْعِ ءَايَـٰتٍ إِلَىٰ فِرْعَوْنَ وَقَوْمِهِۦٓ ۚ إِنَّهُمْ كَانُوا۟ قَوْمًا فَـٰسِقِينَ

    Wa-ʹadkhil yadaka fee jaybika takhruj bayḍaaaʹa min g̣ayri soooʹ: fee tisʻi ʹAayaatin ʹilaa Firʻawna wa-q̣awmih: ʹinnahum kaanoo q̣awmañ faasiq̣een.

    އަދި ކަލޭގެފާނުންގެ އަތްޕުޅު ކަލޭގެފާނުންގެ ޖީބަށް (ކަރުވަޅުތެރެއަށް) ވައްދަވާށެވެ. ދެން އެއަތްޕުޅު ނެރުއްވާއިރު އެއަތްޕުޅު ނިކުންނާނީ ހުދުކޮންނެވެ. އަލިކޮންނެވެ. އެއީ އެއްވެސް ބައްޔެއް އަދި އެއްވެސް ނުބައެއްގެ ސަބަބަކުން ނޫނެވެ. އެއީ فرعون އާއި އަދި އޭނާގެ قوم އަށް (رسول ކަމާއިގެން ކަލޭގެފާނު ފޮނުއްވޭއިރު) ދެއްވޭ ނުވަ مُعْجِزَة ގެތެރެއިންވާ އެއްކަމެވެ. ހަމަކަށަވަރުން އެމީހުންވީ (فرعون އާއި އަދި އޭނާގެ قومގެމީހުންވީ) فَاسِقُ ބަޔަކު ކަމުގައެވެ. (ﷲ ގެ ކިޔަމަނުން ނުކުމެގެންވާ ބަޔަކުކަމުގައެވެ.)

  300. 27:13

    فَلَمَّا جَآءَتْهُمْ ءَايَـٰتُنَا مُبْصِرَةً قَالُوا۟ هَـٰذَا سِحْرٌ مُّبِينٌ

    Falammaa jaaaʹathum ʹAayaatunaa mubṣiratañ q̣aaloo haaẓaa siḥrum mubeen!

    ދެން އެމީހުންގެގާތަށް ތިމަންރަސްކަލާނގެ (قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ އަދި موسى عليه السّلام ގެ رسول ކަން ތެދުކަމުގެ މައްޗަށް دليل ކުރާ) دليل ތަކާއި حُجَّة ތައް (معجزة ތައް،) ފައުޅުވެ بَيان ވެގެން އައިހިނދުން އެމީހުން ބުނީ އެއީ ބަޔާންވެގެންވާ سِحر އެއްކަމަށެވެ.

  301. 27:14

    وَجَحَدُوا۟ بِهَا وَٱسْتَيْقَنَتْهَآ أَنفُسُهُمْ ظُلْمًا وَعُلُوًّا ۚ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُفْسِدِينَ

    Wa-jaḥadoo bihaa wastayq̣anathaaa ʹañfusuhum z̤̣ulmañw waʻuluwwaa; fañz̤̣ur kayfa kaana ʻaaq̣ibatul mufsideen!

    އަދި އެއީ ހަމަ (ﷲ ގެ حضرة ންވާ حقّ ކަން) އެމީހުންނަށް يقين ވިއެވެ. އެކަމަކު އެމީހުންގެ އަނިޔާވެރިކަމާއި ބޮޑާކަމުގެ ސަބަބުން އެމީހުން އެތަކެތި ދޮގުކޮށް إنكار ކޮށްހެދީއެވެ. ދެކޮޅުހެދީއެވެ. އަދި ފަސާދަކުރާމީހުންގެ ނިމުމާއި ފަހުކޮޅުވެގެންދިޔައީ ކޮންފަދައަކުން ހެއްޔެވެ؟ އެއީ ހަލާކާއި ގެއްލުމެވެ.

  302. 27:15

    وَلَقَدْ ءَاتَيْنَا دَاوُۥدَ وَسُلَيْمَـٰنَ عِلْمًا ۖ وَقَالَا ٱلْحَمْدُ لِلَّهِ ٱلَّذِى فَضَّلَنَا عَلَىٰ كَثِيرٍ مِّنْ عِبَادِهِ ٱلْمُؤْمِنِينَ

    Wa-laq̣ad ʹaataynaa Daawooda wa-Sulaymaana ʻilmaa: Wa-q̣aalal Ḥamdu lil-laahil laẓee faḍḍalnaa ʻalaa kas̤eerim min ʻibaadihil Muʹmineen!

    އަދި ހަމަކަށަވަރުން سلام ލެއްވި داود ގެފާނަށާއި سلام ލެއްވި سليمان ގެފާނަށް ތިމަންރަސްކަލާނގެ علم ދެއްވީމެވެ. (އެއީ ދޫނިސޫފާސޫތްޕާއި وحشى ޖަނަވާރާ ޖިންނި شيطان ގެ ބަސްމޮށުންތެރިކަން ދެނެވަޑައިގަތުމާއި އަދިވެސް އެތައްކަމެއްގެ علم އެކެވެ.) އަދި އެދެބޭކަލުން ވިދާޅުވިއެވެ. އެންމެހައި حمد އާއި تعريف އެއް حقّ ވެގެންވަނީ ހަމަ ﷲ އަށެވެ. އެކަލާނގެއީ އެކަލާނގެ مؤمن އަޅުތަކުންކުރެ އެތައްބައެއްގެ މައްޗަށް ތިމަންބޭކަލުން މާތްކުރެއްވި ކަލާނގެއެވެ.

  303. 27:16

    وَوَرِثَ سُلَيْمَـٰنُ دَاوُۥدَ ۖ وَقَالَ يَـٰٓأَيُّهَا ٱلنَّاسُ عُلِّمْنَا مَنطِقَ ٱلطَّيْرِ وَأُوتِينَا مِن كُلِّ شَىْءٍ ۖ إِنَّ هَـٰذَا لَهُوَ ٱلْفَضْلُ ٱلْمُبِينُ

    Wa-waris̤a Sulaymaanu Daawooda wa-q̣aala yaaaʹayyuhan naasu ʻullimnaa Mañṭiq̣aṭ Ṭayri wa-ʹooteenaa miñ kulli shayʹ: ʹinna haaẓaa lahuwal Faḍlul mubeen.

    އަދި سليمان ގެފާނު داود ގެފާނުންގެ ވާރުތަކުރެއްވިއެވެ. އަދި سليمان ގެފާނު ވިދާޅުވިއެވެ. އޭ މީސްތަކުންނޭވެ. ތިމަންބޭކަލުންނަށް ދޫނިސޫފާސޫފީގެ ބަސްމޮށުންތެރިކަން އުގަންނަވައި ދެވިއްޖެއެވެ. (އަދި ހެޔޮކަންތަކުގެ ތެރެއިން) ހުރިހާކަމެއް ތިމަންބޭކަލުންނަށް ދެއްވިއްޖެއެވެ. ﷲ ދެއްވައިފިއެވެ. ހަމަކަށަވަރުން މިދެއްވުންތަކަކީ ބޮޑުވެގެންވާ فضل ވަންތަކަމެއްކަން يقين އެވެ. (އެކަންކަމުގެތެރޭގައި نبي ކަމާއި رسول ކަމާއި ވެރިކަން ވެއެވެ.)

  304. 27:17

    وَحُشِرَ لِسُلَيْمَـٰنَ جُنُودُهُۥ مِنَ ٱلْجِنِّ وَٱلْإِنسِ وَٱلطَّيْرِ فَهُمْ يُوزَعُونَ

    Wa-ḥushira li-Sulaymaana junooduhoo minal jinni wal-ʹiñsi waṭṭayri fahum yoozaʹoon;

    އަދި جِنّ އިންނާއި އިންސާނުންނާއި އަދި ދޫނިސޫފާސޫފީން އެކުލެވިފައިވާ سليمان عليه السّلام ގެ لشكر އެއްކުރެވުނެވެ. އެކަލޭގެފާނު އެ لشكر އެއްކުރައްވައި جمع ކުރެއްވިއެވެ. އަދި އެ لشكر ގެ އެންމެ ކުރީގައިވާ ބަޔާއި އެންމެ ފަހުގައިވާ ބައިވަނީ ގުޅިލާމެހިފައެވެ.

  305. 27:18

    حَتَّىٰٓ إِذَآ أَتَوْا۟ عَلَىٰ وَادِ ٱلنَّمْلِ قَالَتْ نَمْلَةٌ يَـٰٓأَيُّهَا ٱلنَّمْلُ ٱدْخُلُوا۟ مَسَـٰكِنَكُمْ لَا يَحْطِمَنَّكُمْ سُلَيْمَـٰنُ وَجُنُودُهُۥ وَهُمْ لَا يَشْعُرُونَ

    Ḥattaaa ʹiẓaaa ʹataw ʻalaa Waadin namli q̣aalat namlatuñy yaaaʹayyuhan namlud khuloo masaakinakum, laa- yaḥṭimannakum Sulaymaanu wa-junooduhoo wahum laa- yashʻuroon.

    (ދެންފަހެ سليمان عليه السّلام އެބޮޑު لشكر އާއިގެން ދަތުރުކުރެއްވިއެވެ.) އަދި وَادِىْ النَّمْل (ހިނީގެވާދީ) އެވެ ކިޔޭ ހިސާބަށް ވަޑައިގެންނެވުމުން އެތަނުން ހިންޏެއް (އެހެން ހިނިތަކަށް) ބުންޏެވެ. ކަލޭމެން ކަލޭމެން އުޅޭ ތަންތަނަށް ވަންނާށެވެ. އަދި سليمان ގެފާނާއި އެކަލޭގެފާނުންގެ لشكر އެބޭކަލުންނަށް إحساس ވެސްނުވެތިބެ އެބޭކަލުންގެ (ފައިތަކުން) ކަލޭމެން ފިތި ޗިސްވިޔަނުދޭށެވެ.

  306. 27:19

    فَتَبَسَّمَ ضَاحِكًا مِّن قَوْلِهَا وَقَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَـٰلِحًا تَرْضَىٰهُ وَأَدْخِلْنِى بِرَحْمَتِكَ فِى عِبَادِكَ ٱلصَّـٰلِحِينَ

    Fatabassama ḍaaḥikam miñ q̣awlihaa wa-q̣aala Rabbi ʹawziʻneee ʹan ʹashkura niʻmatakal lateee ʹanʻamta ʻalayya wa-ʻalaa waalidayya wa-ʹan ʹaʻmala ṣaaliḥañ tarḍaahu wa-ʹadkhilnee bi-Raḥmatika fee ʻibaadikaṣ ṣaaliḥeen.

    ފަހެ އެކަލޭގެފާނު يعني: سليمان އެހިނި އެބުނިއެއްޗެއް އައްސަވާފައި ހިނިވަރުނަ ކުރައްވައި ހިނިފުޅު ވަޑުވައިފިއެވެ. އަދި ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. އިބަރަސްކަލާނގެ މިއަޅާއަށާއި އަދި މިއަޅާގެ ބަފައިކަލުންގެމައްޗަށް ލެއްވި رحمة އާއި نعمة އަށް شكر ކުރާނެގޮތް މިއަޅާއަށް إلْهَام ކޮށްދެއްވާނދޭވެ! އަދި އިބަރަސްކަލާނގެ ރުހިވޮޑިގަންނަވާފަދަ صالح عمل ކުރެވޭނެގޮތްވެސް މިއަޅާއަށް إلْهَام ކޮށްދެއްވާނދޭވެ! އަދި އިބަރަސްކަލާނގެ صالح އަޅުންގެތެރެއަށް މިއަޅާ ލައްވާނދޭވެ!

  307. 27:20

    وَتَفَقَّدَ ٱلطَّيْرَ فَقَالَ مَا لِىَ لَآ أَرَى ٱلْهُدْهُدَ أَمْ كَانَ مِنَ ٱلْغَآئِبِينَ

    Wa-tafaq̣q̣adaṭ Ṭayra faq̣aala maa- liya laaa ʹar al-Hudhuda ʹam kaana minal g̣aaaʹibeen?

    އަދި سليمان عليه السّلام އެކަލޭގެފާނުންގެ لشكر ގެ ހުރިހާ ދޫނިހޯއްދަވާ ޗެކްކުރެއްވިއެވެ. އަދި ދެން ވިދާޅުވިއެވެ. هُدْ هُدْ ދޫނި (ހުޅިގަނޑުދޫނި) އަހުރެންނަށް ނުފެންނާންވީ ކީއްވެގެންހެއްޔެވެ؟ އެދޫނި غائب ވީ މީހުންގެތެރޭގައިވީބާވައެވެ؟

  308. 27:21

    لَأُعَذِّبَنَّهُۥ عَذَابًا شَدِيدًا أَوْ لَأَا۟ذْبَحَنَّهُۥٓ أَوْ لَيَأْتِيَنِّى بِسُلْطَـٰنٍ مُّبِينٍ

    Laʹuʻaẓẓibannahoo ʻaẓaabañ shadeedan ʹaw laʹaẓbaḥannahooo ʹaw layaʹtiyannee bisulṭaanim mubeen.

    އެދޫނި بَيَان ވެ ފައުޅުވެގެންވާ عُذر އަކާއިގެން ނުވަތަ حجّة އަކާއިގެން އަހުރެންގާތަށް ނައީވިއްޔާ ހަމަކަށަވަރުން އަހުރެން އެދޫންޏަށް ގަދަވެގެންވާ عذاب ދައްކާހުށީމެވެ. ނުވަތަ ހަމަކަށަވަރުން އަހުރެން އޭތި ކަތިލާހުށީމެވެ! • ދޫންޏަށްދެއްވާ އަދަބަކީ عقوبة އަކީ ފަތްތައް ލުއްސާފައި އަވީގައި ބޭއްވުންކަމުގައިވެއެވެ. سليمان عليه السّلام އެދޫނި ހޯއްދަވަން ޖެހުނު ސަބަބަކާއިމެދު تفسير علم ވެރިންގެ މެދުގައިވާ އެންމެ ހަރުބަހަކީ އެކަލޭގެފާނުންގެ އެބޮޑު لشكر ން ފެންހުސްވެގެން ފެންވީ ހިސާބެއް ބެއްލެވުމަށްޓަކައި هُدْ هُدْ ހޯއްދެވީއެވެ. އެސޮރަކީ މާކުރިން އުދުހިގޮސް ފެންހުރި ހިސާބެއް ހޯއްދަވައި އެކަމުގެ معلومات ދޭ އެއްޗެއްކަމުގައިވިއެވެ. والله أعلم.

  309. 27:22

    فَمَكَثَ غَيْرَ بَعِيدٍ فَقَالَ أَحَطتُ بِمَا لَمْ تُحِطْ بِهِۦ وَجِئْتُكَ مِن سَبَإٍۭ بِنَبَإٍ يَقِينٍ

    Famakas̤a g̣ayra baʻeediñ faq̣aala ʹaḥatu bimaa lam tuḥiṭ bihee wa-jiʹtuka miñ Sabaʹim binabaʹiñy yaq̣een.

    ދެން سليمان عليه السّلام އެދޫނީގެ ވާހަކަދެއްކެވުމަށްފަހު ކުޑައިރުކޮޅަކު ލަސްވެއިންނެވިއެވެ. ނުވަތަ ދޫނި ނައިސް ކުޑައިރުކޮޅަކު ލަސްވިއެވެ. މިދެގޮތަށްވެސް ترجمة ވެއެވެ. ދެން އެދޫނި އައިސް ދެންނެވީ (އޭ سليمان ގެފާނެވެ.) ކަލޭގެފާނަށް އެނގިވަޑައިގެންފައިނުވާ معلومات އެއް އަހުރެންނަށް އެނގިއްޖެއެވެ. އަހުރެން ކަލޭގެފާނުންގެ އަރިހަށް މިއައީ يَمَن ކަރައިގެ سَبَأ އިންނެވެ. އެތަނުން އެނގިކަށަވަރުވެގެންވާ يقين خبر އަކާއިގެންނެވެ.

  310. 27:23

    إِنِّى وَجَدتُّ ٱمْرَأَةً تَمْلِكُهُمْ وَأُوتِيَتْ مِن كُلِّ شَىْءٍ وَلَهَا عَرْشٌ عَظِيمٌ

    ʹInnee wa-jattum raʹatañ tamlikuhum wa-ʹootiyat miñ kulli shayʹiñw walahaa ʻarshun ʻaz̤̣eem.

    ހަމަކަށަވަރުން އަހުރެން ދުށީ އެމީހުންގެ ވެރިއެއްކަމުގައި އަންހެނެކެވެ. (އަދި އެއީ އެމީހުންގެ مَلِكَة އެވެ. އަދި ރަސްރަސްކަލުންނަށް ރަސްކަން ހިންގެވުމަށް ބޭނުންވާ) ހުރިހާ ބާވަތުގެ ސާމާނެއް ހުރިހާ وَسِيْلة އެއް އެކަމަނާއަށް ލިބިގެންވެއެވެ. އަދި އެކަމަނާއަށް ބޮޑުވެގެންވާ عَرش އެއްވެއެވެ. تَخْت އެއްވެއެވެ.

  311. 27:24

    وَجَدتُّهَا وَقَوْمَهَا يَسْجُدُونَ لِلشَّمْسِ مِن دُونِ ٱللَّهِ وَزَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ فَهُمْ لَا يَهْتَدُونَ

    Wa-jattuhaa wa-q̣awmahaa yasjudoona lishshamsi miñ doonil laahi wa-zayyana lahumush Shayṭaanu ʹaʻmaalahum faṣaddahum ʻanis Sabeeli fahum laa- yahtadoon;

    އަދި އަހުރެންދުށީ އެކަމަނާޔާ އެކަމަނާގެ قوم ގެމީހުން ﷲ ފިޔަވައި އިރަށް سَجِدَة ކުރާތީއެވެ. (އިރަށް އަޅުކަންކުރާތީއެވެ.) އަދި ސައިތާނު އެމީހުންނަށް އެމީހުންގެ އެ عمل ޒީނަތްތެރިކޮށްދީފައި ވެއެވެ. ފަހެ އެސޮރު އެމީހުން ތެދުމަގުން ހުރަސްކޮށް ދުރުކޮށްފައިވެއެވެ. އެހެންވެ އެމީހުންނަށް ތެދުމަގު ނުލިބެއެވެ.

  312. 27:25

    أَلَّا يَسْجُدُوا۟ لِلَّهِ ٱلَّذِى يُخْرِجُ ٱلْخَبْءَ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَيَعْلَمُ مَا تُخْفُونَ وَمَا تُعْلِنُونَ

    ʹAllaa yasjudoo lillaahil laẓee yukhrijul khabʹa fis samaawaati wal-ʹarḍi wayaʻlamu maa- tukhfoona wa-maa tuʻlinoon.

    (އެސައިތާނު އެގޮތަށް އެކަން އެކުރަނީ) އެމީހުން ﷲ އަށް سَجِدَة ނުކުރުމަށްޓަކައެވެ. (އެކަލާނގެއަށް އަޅުކަން ނުކުރުމަށްޓަކައެވެ.) އެކަލާނގެއީ އުޑުތަކާއި ބިމުގައި ފޮރުވި ވަންހަނާވެގެންވާތަކެތި ނެރުއްވާ ކަލާނގެއެވެ. އަދި ތިޔަބައިމީހުން ވަންހަނާކުރާ ތަކެއްޗާއި އަދި ފައުޅުކުރާތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. • ދަންނައެވެ. އުޑުތަކުގައި ފޮރުވި ނިވައިވެފައިވާ ތަކެއްޗަކީ ވާރޭފެނެވެ. އަދި ބިމުގައި ފޮރުވި ވަންހަނާވެގެންވާތަކެއްޗަކީ ގަސްގަހާގެއްސެވެ. والله أعلم.

  313. 27:26

    ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ رَبُّ ٱلْعَرْشِ ٱلْعَظِيمِ ۩

    ʹAllaahu laaa ʹilaaha ʹillaa Huwa Rabbul ʻArshil ʻAz̤̣eem!

    ﷲ އެއީ އެކަލާނގެ ފިޔަވައި (އަޅުކަންވެވުން حقّ) އެހެން އެއްވެސް إله އަކު ނުވާ ކަލާނގެއެވެ. އެއީ ބޮޑުވެގެންވާ عرش ގެވެރި ކަލާނގެއެވެ.

  314. 27:27

    ۞ قَالَ سَنَنظُرُ أَصَدَقْتَ أَمْ كُنتَ مِنَ ٱلْكَـٰذِبِينَ

    Q̣aala sanañz̤̣uru ʹaṣadaq̣ta ʹam kuñta minal kaaẓibeen!

    سليمان عليه السّلام ވިދާޅުވިއެވެ. (އޭ هُدْ هُدْ އެވެ.) ކަލޭ ތިޔަބުނީ ތެދެއްތޯ ނުވަތަ ކަލެއަކީ ދޮގުވެރިންގެތެރެއިންވާ މީހަކުތޯ ނިކަންހުރެ އަހުރެން ބަލާނަމެވެ.

  315. 27:28

    ٱذْهَب بِّكِتَـٰبِى هَـٰذَا فَأَلْقِهْ إِلَيْهِمْ ثُمَّ تَوَلَّ عَنْهُمْ فَٱنظُرْ مَاذَا يَرْجِعُونَ

    ʹIẓhab bi-Kitaabee haaẓaa faʹalq̣ih ʹilayhim s̤umma tawalla ʻanhum fañz̤̣ur maaẓaa yarjiʻoon.

    އަހުރެންގެ މިސިޓީ ހިފައިގެން ކަލޭ ދާށެވެ. އަދިގޮސް އެމީހުންގެތެރެއަށް އެސިޓީ ވައްޓައިލާށެވެ! ދެން އެމީހުންނާ ދުރަށްޖެހިލައި އިންނާށެވެ! އަދި އެކަމާމެދު (އެސިޓީގެ ކަންތަކާއިމެދު އެމީހުންގެ މެދުގައި ވާހަކަދެކެވި مشورة ކުރެވެނީ ކޮންފަދައަކުންތޯ ކަލޭ ނިކަން ބަލާށެވެ!)\n• ދަންނައެވެ. ދެން އެސޮރުގޮސް سُلَيْمَان ގެފާނު ވިދާޅުވިގޮތަށް ކަންތައްކުރިއެވެ. ދެން އެކަމަނާއާއި އެކަމަނާގެ قوم ގެ ބޮޑުންގެ މެދުގައި އެސިޓީއާއިމެދު ކުރެވުނު مشورة އާއި ދެކެވުނު ބައެއް ވާހަކަ ފަހުން މިލިޔާ އާޔަތް ތަކުގައި އެވަނީއެވެ.

  316. 27:29

    قَالَتْ يَـٰٓأَيُّهَا ٱلْمَلَؤُا۟ إِنِّىٓ أُلْقِىَ إِلَىَّ كِتَـٰبٌ كَرِيمٌ

    Q̣aalat yaaʹayyuhal malaʹu ʹinneee ʹulq̣iya ʹilayya kitaabuñ kareem.

    އެކަމަނާ ވިދާޅުވިއެވެ. އޭ قوم ގެ މާތްބޮޑުންނޭވެ. ހަމަކަށަވަރުން އަހުރެންނަށް މާތްވެގެންވާ ސިޓީއެއް އެއްލެވިއްޖެއެވެ. ލިބިއްޖެއެވެ.

  317. 27:30

    إِنَّهُۥ مِن سُلَيْمَـٰنَ وَإِنَّهُۥ بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ

    ʹInnahoo miñ Sulaymaana wa-ʹinnahoo ˹Bismil laahir Raḥmaanir Raḥeem:˺

    ހަމަކަށަވަރުން އެސިޓީ އައިސްފައިވަނީ سُليمان ގެ އަރިހުންނެވެ. އަދި އޭގައިވަނީ - " بسم ﷲ الرّحمن الرّحيم " (މީގެފަހުގައި ދެންވަނީ)

  318. 27:31

    أَلَّا تَعْلُوا۟ عَلَىَّ وَأْتُونِى مُسْلِمِينَ

    ʹAllaa taʻloo ʻalayya waʹ-toonee Muslimeen.

    ތިޔަބައިމީހުން ތިމަންކަލޭގެފާނުންގެމައްޗަށް ބޮޑާވެނުގަންނާށެވެ. އަދި إيمان ވެ ކިޔަމަންތެރިވެގެންވާ حال ތިމަންކަލޭގެފާނު އަރިހަށް އަންނާށެވެ." މިއެވެ. • ދަންނައެވެ. މިއަންހެނަކީ يمن ކަރައިގެ سَبَأ ގެ مَلِكَة އެވެ. އެމީހުންގެ ވެރިޔާއެވެ. އެކަމަނާގެ ނަމަކީ بَلْقِيس އެވެ. އެކަމަނާގެ ބައްޕައަކީ شُراحيل ކިޔާ މީހެއްކަމުގައިވެއެވެ. އެއީ مشهور بَلْقِيس ރަނިންނެވެ.

  319. 27:32

    قَالَتْ يَـٰٓأَيُّهَا ٱلْمَلَؤُا۟ أَفْتُونِى فِىٓ أَمْرِى مَا كُنتُ قَاطِعَةً أَمْرًا حَتَّىٰ تَشْهَدُونِ

    Q̣aalat yaaaʹayyuhal malaʹu aftoonee feee ʹamree: maa- kuñtu q̣aaṭiʻatan ʹamran ḥattaa tashhadoon.

    އެކަމަނާ ވިދާޅުވިއެވެ. އޭ قوم ގެ ބޮޑެތި މާތްމީހުންނޭވެ. އަހުރެންގެ މިސިޓީގެ ކަންތަކުގައި ކަލޭމެން مَشورة ކޮށް فتوى ދީބަލާށެވެ. ކަލޭމެންގެ حاضر ގައި مشورة ކޮށްފައި މެނުވީ އެއްވެސްކަމެއް އަހުރެން ނުނިންމަމެވެ. (މިކަމުގައިވެސް ކަލޭމެން ލަފާދީބަލާށެވެ.)

  320. 27:33

    قَالُوا۟ نَحْنُ أُو۟لُوا۟ قُوَّةٍ وَأُو۟لُوا۟ بَأْسٍ شَدِيدٍ وَٱلْأَمْرُ إِلَيْكِ فَٱنظُرِى مَاذَا تَأْمُرِينَ

    Q̣aaloo naḥnu ʹuloo q̣uwwatiñw waʹuloo baʹsiñ shadeed: wal-ʹamru ʹilayki fañz̤̣uree maaẓaa taʹmureen.

    އެމީހުން ދެންނެވިއެވެ. އަހުރެމެންނަކީ ބާރުހުރި އަދި ހަނގުރާމައިގައި ގަދަފަދަ ކެރޭ ބަޔަކީމެވެ. އެކަމަކު ކަމުގެ މުގޫ ތިޔަވަނީ ކަމަނާގެ އަތްޕުޅުގައެވެ. ހައްދަވަން ފެނިވަޑައިގަންނަވާގޮތެއް ބައްލަވާށެވެ! • ދަންނައެވެ. އެމީހުންގެ ބަހުން ސާބިތުވަނީ އެކަމަނާ ވިދާޅުވެއްޖެނަމަ ހަނގުރާމައަށް ދާން ތައްޔާރާ ތިބިކަމެވެ. އަދި އެގޮތް ބޮޑަށް އެދޭކަމެވެ. والله أعلم.

  321. 27:34

    قَالَتْ إِنَّ ٱلْمُلُوكَ إِذَا دَخَلُوا۟ قَرْيَةً أَفْسَدُوهَا وَجَعَلُوٓا۟ أَعِزَّةَ أَهْلِهَآ أَذِلَّةً ۖ وَكَذَٰلِكَ يَفْعَلُونَ

    Q̣aalat ʹinnal mulooka ʹiẓaa dakhaloo q̣aryatan ʹafsadoohaa wa-jaʻalooo ʹaʻizzata ʹahlihaaa ʹaẓillah: wa-kaẓaalika yafʻaloon.

    އެކަމަނާ ވިދާޅުވިއެވެ. عَامّ ރަސްރަސްކަލުންގެގޮތަކީ އެމީހުން ގަދަކަމުން ރަށަކަށް އަރައި ގަދަވެގެންފިއްޔާ އެރަށެއް ހަލާކުކޮށްލައި ފާސިދުކޮށްލުމެވެ. އަދި އެރަށެއްގައި ތިބޭ ރަނގަޅު މާތްމީހުން (عزّة ތެރިން) ދެރަނިކަމެތިންކަމުގައި ހަދައިލުމެވެ. އެމީހުން ކަންތައްކުރާނީ އެފަދައިންނެވެ.

  322. 27:35

    وَإِنِّى مُرْسِلَةٌ إِلَيْهِم بِهَدِيَّةٍ فَنَاظِرَةٌۢ بِمَ يَرْجِعُ ٱلْمُرْسَلُونَ

    Wa-ʹinnee mursilatun ʹilayhim bihadiyyatiñ fanaaz̤̣iratum bima yarjiʻul mursaloon.

    (އަދި އެކަމަނާ ވިދާޅުވިއެވެ.) އަހުރެން އެކަލޭގެފާނަށް ހަދިޔާއެއް ފޮނުވާނީއެވެ. ދެން ހަދިޔާ ފޮނުވީމާ ހަދިޔާ ހިފައިގެން ދިޔަމީހާ އެނބުރި رجوع ވަނީ ކިހިނެއްތޯ؟ ކޮންކަހަލަ خبر އަކާއިގެންތޯ ބަލަން ތިބޭނީއެވެ. (މި هدية އެކަލޭގެފާނު قبول ކުރައްވައިފިނަމަ އެއީ ހަމަ އާދައިގެ ރަސްކަލެކެވެ. އަދި ކަލޭމެން ހަނގުރާމައަށް ދާންވީއެވެ. هدية قبول ނުކުރައްވައިފިނަމަ އެއީ ރަސްކަލެއް ނޫނެވެ. އެއީ نَبي ބޭކަލެކެވެ. އޭރުން ދެން ޖެހޭނީ ކިޔަމަންތެރިވެގެން تَبَع ވާށެވެ.)

  323. 27:36

    فَلَمَّا جَآءَ سُلَيْمَـٰنَ قَالَ أَتُمِدُّونَنِ بِمَالٍ فَمَآ ءَاتَىٰنِۦَ ٱللَّهُ خَيْرٌ مِّمَّآ ءَاتَىٰكُم بَلْ أَنتُم بِهَدِيَّتِكُمْ تَفْرَحُونَ

    Falammaa jaaaʹa Sulaymaana q̣aala ʹatumiddoonani bimaal? Famaaa ʹaataaniyal laahu khayrum mimmaaa ʹaataakum! Bal ʹañtum̃ bihadiyyatikum tafraḥoon!

    ދެންފަހެ (ހަދިޔާހިފައިގެން ދިޔަމީހާ) سيلمان ގެފާނާ ހަމައަށް އައުމުން އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އަހުރެންނަށް މުދަލުގެ ގޮތުން މަދަދުކުރަނީހެއްޔެވެ؟ ފަހެ ﷲ އަހުރެންނަށް ދެއްވާފައިވާ ތަކެތި ކަލޭމެނަށް އެކަލާނގެ ދެއްވިތަކެއްޗަށްވުރެ މާހެޔޮވެގެންވެއެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެން ކަލޭމެންގެ هَدِيَة އާއިގެން އުފާކުރަނީއެވެ.

  324. 27:37

    ٱرْجِعْ إِلَيْهِمْ فَلَنَأْتِيَنَّهُم بِجُنُودٍ لَّا قِبَلَ لَهُم بِهَا وَلَنُخْرِجَنَّهُم مِّنْهَآ أَذِلَّةً وَهُمْ صَـٰغِرُونَ

    ʹIrjiʻ ʹilayhim falanaʹtiyannahum̃ bijunoodil laa q̣ibala lahum̃ bihaa wa-lanukhrijannahum minhaaa ʹaẓillatañw Wahum ṣaag̣iroon.

    (ތިޔަ ހަދިޔާހިފައިގެން) އެމީހުންގާތަށް އެނބުރިދާށެވެ! ފަހެ ހަމަކަށަވަރުން އެމީހުންނަށް އެއްގޮތަކަށްވެސް ހިފަހައްޓައިނުލެވޭފަދަ لشكر އަކާއިގެން އެމީހުން ކައިރިޔަށް އަހުރެންދާ ހުށީމެވެ. އަދި އެމީހުން ދެރަވެ ނިކަމެތިވެގެންވާ حال ހަމަކަށަވަރުން އެރަށުން އަހުރެން އެމީހުން ނެރެލާހުށީމެވެ.

  325. 27:38

    قَالَ يَـٰٓأَيُّهَا ٱلْمَلَؤُا۟ أَيُّكُمْ يَأْتِينِى بِعَرْشِهَا قَبْلَ أَن يَأْتُونِى مُسْلِمِينَ

    Q̣aala yaaaʹayyuhal malaʹu ʹayyukum yaʹteenee biʻarshihaa q̣abla ʹañy yaʹtoonee muslimeen?

    سليمان ގެފާނު އެކަލޭގެފާނުންގެ لشكر ގެ ބޮޑެތި މާތްމީހުންނަށް ވިދާޅުވިއެވެ. އެމީހުން يعني: بَلقيس އާއި އެކަމަނާގެ އަރިހުގައިވާ މީހުން إسلام ވެ ކިޔަމަންތެރިވެގެން އަހުރެންގެގާތަށް އައުމުގެ ކުރީގައި އެކަމަނާގެ عرش އަހުރެންނާއި ހަމައަށް ގެނަސްދޭނީ ކަލޭމެންގެ ތެރެއިން ކާކުހެއްޔެވެ؟

  326. 27:39

    قَالَ عِفْرِيتٌ مِّنَ ٱلْجِنِّ أَنَا۠ ءَاتِيكَ بِهِۦ قَبْلَ أَن تَقُومَ مِن مَّقَامِكَ ۖ وَإِنِّى عَلَيْهِ لَقَوِىٌّ أَمِينٌ

    Q̣aala ʻIfreetum minal jinni ʹana ʹaateeka bihee q̣abla ʹañ taq̣ooma mim maq̣aamik: wa-ʹinnee ʻalayhi laq̣awiyyun ʹameen.

    ޖިންނީންގެތެރެއިން އިފުރީތަކު ދެންނެވިއެވެ. ކަލޭގެފާނު ތިޔައިންނެވިތަނުން ތެދުވެވަޑައިގަތުމުގެ ކުރިން (އެބަހި: މި مجلس ނިމިގެން ތެދުވެވަޑައިގަތުމުގެކުރިން) ކަލޭގެފާނުންގެ އަރިހަށް އަހުރެން އޭތި ގެނަސްދީފާނަމެވެ. އަދި އަހުރެންނަކީ އޭގެމައްޗަށް އަމާނާތްތެރި އަދި ބާރުހުރި މީހަކީމެވެ.

  327. 27:40

    قَالَ ٱلَّذِى عِندَهُۥ عِلْمٌ مِّنَ ٱلْكِتَـٰبِ أَنَا۠ ءَاتِيكَ بِهِۦ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ ۚ فَلَمَّا رَءَاهُ مُسْتَقِرًّا عِندَهُۥ قَالَ هَـٰذَا مِن فَضْلِ رَبِّى لِيَبْلُوَنِىٓ ءَأَشْكُرُ أَمْ أَكْفُرُ ۖ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِۦ ۖ وَمَن كَفَرَ فَإِنَّ رَبِّى غَنِىٌّ كَرِيمٌ

    Q̣aalal laẓee ʻiñdahoo ʻilmum minal Kitaabi ʹana ʹaateeka bihee q̣abla ʹañy yartadda ʹilayka ṭarfuk! Falammaa raʹaahu mustaq̣irran ʻiñdahoo q̣aala haaẓaa miñ faḍli Rabbee liyabluwaneee ʹaʹashkuru ʹam ʹakfur! Wa-mañ shakara faʹinnamaa yashkuru linafsih; wa-mañ kafara faʹinna Rabbee G̣aniyyuñ Kareem!...

    އަދި އެމީހެއްގެ ކިބައިގައި ފޮތުގެ علم ން ބައެއްވާމީހާ ދެންނެވިއެވެ. ކަލޭގެފާނު ލޯފުޅު ހުޅުއްވާފައި ލެއްޕެވުމުގެ ކުރިން - ނުވަތަ ލޮލުކޮޅަށް ފެންނަންހުރި މީހާ އައުމުގެކުރިން - ކަލޭގެފާނުން އަރިހަށް އަހުރެން އެޔާއިގެން އައިސްދާނަމެވެ. (ދެންފަހެ އެކަލޭގެފާނަށް އެކަމުގެ ހުއްދަދެއްވުމުން އެމީހަކު ﷲ އަށް دعاء ކޮށްފާގޮސް އޭތި ގެނަސް އެކަލޭގެފާނުންގެ يعني: سليمان ގެފާނުންގެ ކުރިފުޅުމަތީގައި ބަހައްޓައިފިއެވެ.) ދެން سليمان ގެފާނު އެކަލޭގެފާނުންގެ ކުރިފުޅުމަތީގައި އެ عرش ސާބިތުވެ قائم ވެގެންވަނިކޮށް ދެކެވަޑައިގެންނެވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ އަހުރެން ހައްދަވާބޮޑުކުރެއްވި ربّ ގެ فضل ވަންތަކަމެވެ. އެކަލާނގެ އަހުރެންނަށް މިފަދަ ބޮޑު فضل ވަންތަކަމެއް އެދެއްވަނީ އެކަލާނގެ ދެއްވާ ގިނަގުނަ نعمة އަށް އަހުރެން شكر ކުރޭތޯ ނުވަތަ އެ نعمة އަށް އަހުރެން ކާފަރުވޭތޯ ބައްލަވައި إمتحان ކުރެއްވުމަށްޓަކައެވެ. އަދި شكر ކުރާމީހާ އެ شكر ކުރަނީ ހަމަ އޭނާގެ އަމިއްލަ نفس އަށެވެ. އެބަހީ: އެކަމުގެ ހެވާއި ދަރުމަ ހުރީ ހަމަ އެމީހަކަށެވެ. އަދި އެ نعمة ތަކަށް ކާފަރުވާމީހާ ދަންނައެވެ. އެކަމުގެ ގެއްލުމާއި ހަލާކު ހުންނަހުރީވެސް ހަމަ އެމީހަކަށެވެ. އެހެނީ ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ އެއީ އަމިއްލަ ذات ފުޅާއިގެން ފުދިވޮޑިގެންވާ އަދި ނުހަނު ދީލަތިވަންތަ ކަލާނގެއެވެ.

  328. 27:41

    قَالَ نَكِّرُوا۟ لَهَا عَرْشَهَا نَنظُرْ أَتَهْتَدِىٓ أَمْ تَكُونُ مِنَ ٱلَّذِينَ لَا يَهْتَدُونَ

    Q̣aala nakkiroo lahaa ʻarshahaa nañz̤̣ur ʹatahtadeee ʹam takoonu minal laẓeena laa- yahtadoon.

    އެކަލޭގެފާނު يعني: سليمان ގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެކަމަނާގެ عرش (تَخْتُ) އެކަމަނާއަށް ބަދަލުކޮށްލާ تَغَيَّر ކޮށްލައި ހަދާށެވެ. (އެއީ އެކަމަނާ އައިސް އެ عرش ދެކެފައި) އެއީ އެކަމަނާގެ عرش ކަން އެނގޭފަދަ ބުއްދިހުރި ހަރުދަނާމީހެއްތޯ ނުވަތަ އެކަމަނާ ވަނީ ތަންދޮރުނޭނގޭ ނުވިސްނޭ މީހުންގެތެރެއިންތޯ އަހުރެމެން ދެކޭނީއެވެ.

  329. 27:42

    فَلَمَّا جَآءَتْ قِيلَ أَهَـٰكَذَا عَرْشُكِ ۖ قَالَتْ كَأَنَّهُۥ هُوَ ۚ وَأُوتِينَا ٱلْعِلْمَ مِن قَبْلِهَا وَكُنَّا مُسْلِمِينَ

    Falammaa jaaaʹat q̣eela ʹahaakaẓaa ʻarshuk? Q̣aalat kaʹannahoo hoo; wa-ʹooteenal ʻilma miñ q̣ablihaa wa-kunnaa Muslimeen.

    ދެންފަހެ އެކަމަނާ (سليمان ގެފާނުންގެ އަރިހަށް) ވަޑައިގެންނެވިހިނދުން (އެކަމަނާގެ عرش އެކަމަނާއަށް ދައްކަވާފައި) އެކަމަނާއަށް ދެންނެވުނެވެ. ކަމަނާގެ عرش ވަނީ މިގޮތަށްހެއްޔެވެ؟ މިޔާއެއްފަދަހެއްޔެވެ؟ އެކަމަނާ ދެންނެވިއެވެ. ތިޔައެތި ހަމަ އޭތިކަހަލައެވެ. އަދި އެކަލޭގެފާނުންގެ نبي ކަން صحّ ކަމާއި ތެދުކަމުގެ دليل މީގެކުރީގައިވެސްވަނީ ލިބިފައެވެ. އަދި އަހުރެމެން މިވަނީ ބޯލަނބައި ކިޔަމަންތެރިވެގެންނެވެ. إسلام ވެގެންނެވެ. (މިބަސްފުޅުގެ ترجمة އަދި އެހެންގޮތްގޮތަށްވެސްވެއެވެ.)

  330. 27:43

    وَصَدَّهَا مَا كَانَت تَّعْبُدُ مِن دُونِ ٱللَّهِ ۖ إِنَّهَا كَانَتْ مِن قَوْمٍ كَـٰفِرِينَ

    Waṣaddahaa maa- kaanat taʻbudu miñ doonil laah: ʹinnahaa kaanat miñ q̣awmiñ kaafireen.

    حقّ މަގަށް ތެދުމަގުލިބި ހެޔޮމަގަށް رجوع ވުމުން އެކަމަނާ މަނާކޮށްހުއްޓުވާފައިވަނީ ﷲ ފިޔަވައި އެކަމަނާ އަޅުކަންކުރި ތަކެއްޗެވެ. (އެއީ އިރެވެ.) ހަމަކަށަވަރުން އެކަމަނާ (އޭގެކުރީގައިވަނީ) ކާފަރު قوم އެއްގެ ތެރެއިންނެވެ. ކާފަރެއްކަމުގައެވެ.

  331. 27:44

    قِيلَ لَهَا ٱدْخُلِى ٱلصَّرْحَ ۖ فَلَمَّا رَأَتْهُ حَسِبَتْهُ لُجَّةً وَكَشَفَتْ عَن سَاقَيْهَا ۚ قَالَ إِنَّهُۥ صَرْحٌ مُّمَرَّدٌ مِّن قَوَارِيرَ ۗ قَالَتْ رَبِّ إِنِّى ظَلَمْتُ نَفْسِى وَأَسْلَمْتُ مَعَ سُلَيْمَـٰنَ لِلَّهِ رَبِّ ٱلْعَـٰلَمِينَ

    Q̣eela lahad khuliṣ ṣarḥ: falammaaنَ raʹathu ḥasibathu lujjatañw wakashafat ʻañ saaq̣ayhaa. Q̣aala ʹinnahoo ṣarḥum mumarradum miñ q̣awaareer. Q̣aalat Rabbi ʹinnee z̤̣alamtu nafsee wa-ʹaslamtu maʻa Sulaymaana lillaahi Rabbil ʻAalameen.

    (ދެންފަހެ އެކަމަނާ سليمان ގެފާނުންގެ އަރިހަށް ވަޑައިގެންނެވިހިނދުން) އެކަމަނާއަށް ދެންނެވުނެވެ. ކަމަނާ ގަނޑުވަރަށް ވެދެވަޑައިގަންނަވާށެވެ. ދެން އެކަމަނާ ގަނޑުވަރަށް ވެދެވަޑައިގަތުމަށް ވަޑައިގެންނެވިހިނދުން އެކަމަނާއަށް އެގަނޑުވަރު ހީފުޅުވީ ކަނޑުކަމުގައެވެ. ފެންކަމުގައެވެ. (އަދި އެތެރެއަށް ވެދެވަޑައިގަތުމަށް ފެނަށް މީހަކު އެރޭގޮތަށް އެކަމަނާ ހެދުންކޮޅު ކޮށިކުރައްވައި ހެއްދެވުމުން އެކަމަނާގެ ދެކަށިމަތިފުޅު ކަޝްފުވިއެވެ. އެހިނދު سليمان ގެފާނު އެކަމަނާއަށް ވިދާޅުވިއެވެ. އެއީ ބިއްލޫރިން ގަދަޔަށް ހަދާފައިވާ ގަނޑުވަރެކެވެ. (ފެނެއް ނޫނެވެ. ކަނޑެއްވެސްނޫނެވެ.) އެކަމަނާ ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާ މިއަޅާގެ نفس އަށް އަނިޔާވެރިވެއްޖައީމެވެ. އަދި މިއަޅާ سليمان ގެފާނާއިއެކު عالم ތަކުގެ ވެރި ربّ ކަމުގައިވާ ﷲ އަށް إيمان ވެއްޖައީމެވެ. ބޯލަނބައި ކިޔަމަންވެއްޖައީމެވެ. • ދަންނައެވެ. ބައެއް تفسير ފޮތްތަކުގައި ލިޔެވިގެންވެއެވެ. سبأ ގެ مَلِكَة ވަޑައިގަތުމުގެ مناسبة ގައި ޖިންނި شيطان ންނާއި މާރިދުންލައްވައި سليمان ގެފާނު ރީތި ގަނޑުވަރެއް ހެއްދެވިއެވެ. އެގަނޑުވަރު ހައްދަވާފައިވަނީ ސާފު ވަރުގަދަ ބިއްލޫރިންނެވެ. ތަޅަމުގައިވެސް އަޑިއެނގޭ ގަދަ ބިއްލޫރިން ހައްދަވައި އޭގެ ދަށުގައިވަނީ ފެން ހިންގަވައި ލައްވާފައި ބަލާ މީހަކު عجائب ވާހާ ރީތިކޮށެވެ. ގަނޑުވަރުގެ خبر ނޭނގޭމީހަކުނަމަ ހީކުރެވޭނީ ގަނޑުވަރަށް ވަންނައިރު ފެންގަނޑަކަށް އެރެވޭހެނެވެ. އެހެންވެ އެކަމަނާވެސް ގަނޑުވަރަށް ވެދެވަޑައިގަތުމަށް އެންގެވީމާ ފެނަށްއެރޭމީހަކު ފަދައިން ހެދުންކޮޅު ކޮށިކުރައްވައިގެން ވެދެވަޑައިގަންނަވަން ގަސްތުކުރެއްވީއެވެ. = والله أعلم =

  332. 27:45

    وَلَقَدْ أَرْسَلْنَآ إِلَىٰ ثَمُودَ أَخَاهُمْ صَـٰلِحًا أَنِ ٱعْبُدُوا۟ ٱللَّهَ فَإِذَا هُمْ فَرِيقَانِ يَخْتَصِمُونَ

    Wa-laq̣ad ʹarsalnaaa ʹilaa S̤amooda ʹakhaahum Ṣaaliḥan ʹaniʻ budul laaha faʹiẓaa hum fareeq̣aani yakhtaṣimoon.

    އަދި ހަމަކަށަވަރުން ثَمُود ބާގައިގެމީހުންގެ ގާތަށް رسول ކަމާއިގެން އެމީހުންގެ أخ صالح ގެފާނު ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެއީ صَالح عليه السّلام އެވެ. އެއީ ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށޭ އެކަލޭގެފާނު ގޮވައިލެއްވުމަށްޓަކައެވެ. އެކަމަށް އަމުރުކުރެއްވުމަށެވެ. ފަހެ އެހައިރުން - އެބަހީ: އެކަލޭގެފާނު އެފަދައިން ގޮވައިލެއްވުން އެމީހުންވީ އަރައިރުންވާ ތަފާތު ދެ جماعة އަކަށެވެ. (އެއީ صَالح عليه السّلام އަށް تَبَعَ ވި مؤمن ންނާއި އެކަލޭގެފާނާއި އިދިކޮޅުވި ކާފަރުންނެވެ.)

  333. 27:46

    قَالَ يَـٰقَوْمِ لِمَ تَسْتَعْجِلُونَ بِٱلسَّيِّئَةِ قَبْلَ ٱلْحَسَنَةِ ۖ لَوْلَا تَسْتَغْفِرُونَ ٱللَّهَ لَعَلَّكُمْ تُرْحَمُونَ

    Q̣aala yaa-q̣awmi lima tastaʻjiloona bissayyiʹati q̣ablal ḥasanah? Law-laa tas-tag̣firoonal laaha laʻallakum turḥamoon.

    އެކަލޭގެފާނު يعني: صالح عليه السّلام ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ. ހެޔޮކަމާއި رحمة ގެ ކުރީގައި ނުބަޔާއި عذاب އައުމަށް އަވަސްވެގަންނަނީ ކީއްވެގެންހެއްޔެވެ؟ (އެބަހީ: رحمة އާއި ހެޔޮދަރުމަތައް ލިބުމުގެ ސަބަބުކަމުގައިވާ ކިޔަމަންތެރިކަމާއި إيمان ކަން ދޫކޮށް ނުބަޔާއި عذاب ލިބުމުގެ ސަބަބުކަމުގައިވާ ނުކިޔަމަންތެރިކަމާއި ކާފަރުކަމަށް އަވަސްވެގަންނަނީ ކީއްވެގެންހެއްޔެވެ؟ ކަލޭމެން ފަހެ ފާފަފުއްސެވުމަށް ﷲ ގެ حضرة ން އެދޭނޭ ނަމައެވެ. އެއީ ކަލޭމެނަށް رحمة ލައްވައިތޯއެވެ.

  334. 27:47

    قَالُوا۟ ٱطَّيَّرْنَا بِكَ وَبِمَن مَّعَكَ ۚ قَالَ طَـٰٓئِرُكُمْ عِندَ ٱللَّهِ ۖ بَلْ أَنتُمْ قَوْمٌ تُفْتَنُونَ

    Q̣aaluṭ ṭayyarnaa bika wa-bimam maʻak. Q̣aala ṭaaaʹirukum ʻiñdal laahi bal ʹañtum q̣awmuñ tuftanoon.

    އެމީހުން ދެންނެވިއެވެ. (އޭ صالح ގެފާނެވެ.) ކަލޭގެފާނާއި ކަލޭގެފާނާއި އެކުގައިވާ މީހުންގެ ސަބަބުން އަހުރެމެންނަށް ސުންޕާކަން ޖެހިއްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންގެ ސުންޕާކަންވަނީ ﷲ ގެ حضرة ންނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންނަކީ إمتحان ވެވޭ ބައެކެވެ. (ނުވަތަ ކަލޭމެންގެ ފާފަތަކަށް عذاب ދެއްވަނީއެވެ.)

  335. 27:48

    وَكَانَ فِى ٱلْمَدِينَةِ تِسْعَةُ رَهْطٍ يُفْسِدُونَ فِى ٱلْأَرْضِ وَلَا يُصْلِحُونَ

    Wa-kaana fil madeenati tisʻatu rahṭiñy yufsidoona fil ʹarḍi wa-laa yuṣliḥoon.

    އަދި އެރަށުގައި ނަގާކިޔާ މުއްސަނދި ނުވަމީހުން ވެއެވެ. އެމީހުންނަކީ ބިމުގައި ފަސާދަކުރާ މީހުންނެވެ. (އަދި އެނުވަމީހުންގެކުރެ ކޮންމެ މީހެއްގެ أمر ގެ ދަށުގައި އެތައް ބަޔަކުވެއެވެ.) އެމީހުން އެއްވެސްކަމެއް إصلاح ނުކުރެއެވެ. (އެއީ صالح ގެފާނާއި دشمن މީހުންނެވެ.)

  336. 27:49

    قَالُوا۟ تَقَاسَمُوا۟ بِٱللَّهِ لَنُبَيِّتَنَّهُۥ وَأَهْلَهُۥ ثُمَّ لَنَقُولَنَّ لِوَلِيِّهِۦ مَا شَهِدْنَا مَهْلِكَ أَهْلِهِۦ وَإِنَّا لَصَـٰدِقُونَ

    Q̣aaloo taq̣aasamoo billaahi lanubayyitannahoo wa-ʹahlahoo s̤umma lanaq̣oolanna liwaliyyihee maa- shahidnaa mahlika ʹahlihee wa-ʹinnaa laṣaadiq̣oon.

    އަދި އެމީހުން އެއްބަޔަކު އަނެއްބަޔަކަށް ބުންޏެވެ. އަހުރެމެން صالح ގެފާނާއި އަދި އެކަލޭގެފާނުންގެ أهل ވެރިން ރޭގަނޑުގެ ވަގުތުގައި އެމީހުންގެމައްޗަށް އަރައިގަނެ އެމީހުންގެ ދުވަސްދުއްވައިލުމަށް ހުވާކުރާށެވެ. ﷲ ގަންދީ ހުވާކުރާށެވެ. ދެން އެހެން ހަދައިފައި އެކަލޭގެފާނުންގެ ولى ވެރިޔާއަށް އަހަރެމެން ބުނާނީ އެއްގޮތަކަށްވެސް އެކަލޭގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން މަރާ ހަލާކުކުރިތާކު އަހުރެމެން ނެތީމުއެވެ. ހަމަކަށަވަރުން އަހުރެމެންނަކީ ތެދުވެރިންނެވެ. އެއްގޮތަކަށްވެސް އެއީ ކާކުކުރިކަމެއްކަމެއް ނޭނގެއެވެ.

  337. 27:50

    وَمَكَرُوا۟ مَكْرًا وَمَكَرْنَا مَكْرًا وَهُمْ لَا يَشْعُرُونَ

    Wa-makaroo makrañw wamakarnaa makrañw wahum laa- yashʻuroon.

    (ﷲ وحي ކުރެއްވިއެވެ.) އެމީހުން މަކަރެއް ހަދައި ނުބައި ރޭވުންރޭވީއެވެ. އަދި ތިމަންރަސްކަލާނގެވެސް މަކަރެއްހަދައި ރޭވުމެއް ރޭވީމެވެ. އެކަން އެމީހުންނަށް އެއްގޮތަކަށްވެސް إحساس އެއް ނުވެއެވެ.

  338. 27:51

    فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ مَكْرِهِمْ أَنَّا دَمَّرْنَـٰهُمْ وَقَوْمَهُمْ أَجْمَعِينَ

    Fañz̤̣ur kayfa kaana ʻaaq̣ibatu makrihim ʹannaa dammarnaahum wa-q̣awmahum ʹajmaʻeen.

    ދެން ނިކަން އެމީހުން އެހެދި މަކަރާއި ރޭވުމުގެ ފަހުކޮޅު ނިކަން ދެކިބަލާށެވެ. ހަމަކަށަވަރުން އެމީހުންނާއި އެމީހުންގެ މުޅި قوم އެކީއެކަށް ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީމެވެ. • ދަންނައެވެ. أبوجعفر الطبري ގެ تفسير ގައި މިއާޔަތުގެ ދަށުގައި ލިއުއްވާފައިވެއެވެ. އެމީހުން صالح ގެފާނު މަރައިލަން ހެދި މަކަރަކީ: صالح ގެފާނަށް އެރަށުގައި (حِجْرُ ގައި) މިސްކިތެއް ވެއެވެ. އެއީ އެކަލޭގެފާނު ނަމާދުފުޅުކުރައްވާތަނެވެ. ދެންފަހެ މިބައިމީހުން ނުކުމެގެންގޮސް އެތާ ގާތުގައިވާ ހޮހޮޅަކަށް ވަނީއެވެ. އަދި ބުންޏެވެ. އެކަލޭގެފާނު ނަމާދުފުޅަށް ވަޑައިގަތީމާ އަހުރެމެން އެކަލޭގެފާނު قتل ކޮށްލާނީއެވެ. ދެންފަހެ ﷲ تعالى އެ ހޮހޮޅުގެ ދޮރުމަތީގައި ހިލައެއް ޖައްސަވައި ބަންދުކުރެއްވީއެވެ. އަދި އެރަށުގެ މީހުންނަށް އެމީހުން ވީތަނެއް ނޭނގުނެވެ. އަދި އެމީހުނަކަށް އެރަށުގެ މީހުންވީތަނެއް ނޭނގުނެވެ. ﷲ تعالى އެމީހުންނަށް އެތާ عذاب ދެއްވީއެވެ. އަދި ރަށުގެ މީހުންނަށް (ރަށުގެ ކާފަރުންނަށް) ރަށުގައި عذاب ދެއްވީއެވެ. ދެބައިމީހުންވެސް ހަލާކުވެ ދިޔައީއެވެ. صالح ގެފާނާއި އެކަލޭގެފާނާއި އެކުގައިވާ މީހުން ސަލާމަތްކުރެއްވީއެވެ. والله أعلم.\n= تفسير الطبري =

  339. 27:52

    فَتِلْكَ بُيُوتُهُمْ خَاوِيَةًۢ بِمَا ظَلَمُوٓا۟ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَعْلَمُونَ

    Fatilka buyootuhum khaawiyatam bimaa z̤̣alamoo. ʹInna fee ẓaalika laʹAayatal liq̣awmiñy yaʻlamoon.

    ފަހެ އެމީހުން އަނިޔާވެރިވުމުގެ ސަބަބުން އެހުރީ އެމީހުންގެ ގެތަށް ހުސްވެ ފަޅުވެފައެވެ. ހަމަކަށަވަރުން ދަންނަ ބަޔަކަށް އެކަންތަކުގައި دليل އާއި حجّة ވާކަން ކަށަވަރެވެ.

  340. 27:53

    وَأَنجَيْنَا ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ

    Wa-ʹañjaynal laẓeena ʹaamanoo wa-kaanoo yattaq̣oon.

    އަދި އެމީހުންނީ އީމާންވެ تَقْوى ވެރިންކަމުގައިވީ މީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ.

  341. 27:54

    وَلُوطًا إِذْ قَالَ لِقَوْمِهِۦٓ أَتَأْتُونَ ٱلْفَـٰحِشَةَ وَأَنتُمْ تُبْصِرُونَ

    Wa-Looṭan ʹiẓ q̣aala liq̣awmiheee ʹataʹtoonal faa-ḥishata wa-ʹañtum tubṣiroon?

    އަދި لوط ގެފާނު (رسول ކަމާއިގެން ފޮނުއްވީމެވެ.) އެކަލޭގެފާނު އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދު. ހަނދުމަފުޅު ކުރައްވާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ރަނގަޅަށް ދެކޭ حال / ދަންނަ حال ކަލޭމެން فَاحِش ކަންތައް ގެނަސްގަންނަނީހެއްޔެވެ؟

  342. 27:55

    أَئِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِ ۚ بَلْ أَنتُمْ قَوْمٌ تَجْهَلُونَ

    ʹAʹinnakum lataʹtoonar rijaala shahwatam miñ doonin nisaaaʹ? Bal ʹañtum q̣awmuñ tajhaloon!

    ކަލޭމެން شَهْوَة ގެ ކަންތައް ފުއްދުމަށް އަންހެނުން ފިޔަވައި ފިރިހެނުން ގެނަސްގަންނަނީހެއްޔެވެ؟ އަދި ކިޔެއްހެއްޔެވެ؟ ކަލޭމެންނަކީ ތަންދޮރުނޭނގޭ جَاهِل ބައެކެވެ.