Back to Quran

ޖުޒްއު

Juz 18

23:1 ... 25:20 · 202 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

  1. Surah Al-Mu'minunBegins here at 23:1

  2. 23:1

    قَدْ أَفْلَحَ ٱلْمُؤْمِنُونَ

    Q̣ad ʹaflaḥal muʹminoon,

    ހަމަކަށަވަރުން مؤمن ން ކާމިޔާބުކޮށްފިއެވެ. ނަސީބުވެރިވެއްޖެއެވެ. އެއީ قيامة ދުވަހުންނެވެ.

  3. 23:2

    ٱلَّذِينَ هُمْ فِى صَلَاتِهِمْ خَـٰشِعُونَ

    ʹAllaẓeena hum fee Ṣalaatihim khaashiʻoon;

    އެމީހުންނަކީ (އެބަހީ: މިބުނާ ކާމިޔާބު ކުރި مؤمن ންނަކީ) އެމީހުންގެ ނަމާދުގައި ބިރުވެތިވެ މަޑުމޮޅިވާ މީހުންނެވެ.

  4. 23:3

    وَٱلَّذِينَ هُمْ عَنِ ٱللَّغْوِ مُعْرِضُونَ

    Wallaẓeena hum ʻanil lag̣wi muʻriḍoon;

    އަދި ކަނޑައެޅިގެން އެމީހުންނަކީ ބޭކާރު / ނުވަތަ بَاطِلُ ކަންކަމުން ނުވަތަ ﷲ އެކަލާނގެ خلق ތަކުންނާއިމެދު ރުހިވޮޑި ނުގަންނަވާ ކަންކަމުން ދުރުވެ އެނބުރިފުރަގަސްދޭމީހުންނެވެ.

  5. 23:4

    وَٱلَّذِينَ هُمْ لِلزَّكَوٰةِ فَـٰعِلُونَ

    Wallaẓeena hum liz-Zakaati faaʻiloon;

    އަދި ހަމަ އެމީހުންނަކީ އެމީހުންގެ މުދަލުން ޒަކާތްދޭ މީހުންނެވެ.

  6. 23:5

    وَٱلَّذِينَ هُمْ لِفُرُوجِهِمْ حَـٰفِظُونَ

    Wallaẓeena hum lifuroojihim ḥaafiz̤̣oon,

    އަދި ހަމަ އެމީހުންނަކީ އެމީހުންގެ ލަދުގުނަވަންތަކަށް ރައްކާތެރިވާ މީހުންނެވެ.

  7. 23:6

    إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَـٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ

    ʹIllaa ʻalaaa ʹazwaajihim ʹaw maa- malakat ʹaymaanuhum faʹinnahum g̣ayru maloomeen.

    ހަމައެކަނި އެމީހުންގެ އަނބީންނާއި އެމީހުންގެ جَارِيَة އިންނަށް މެނުވީއެވެ. އެފަދަ މީހުންނަކީ މަލާމާތްލިބިގެންވާ މީހުންނެއްނޫނެވެ. އެބަހީ: حلال ގޮތުގައި އަނބިން ނުވަތަ އަޅުއަންހެނުން ބޭނުންކުރުން ހުއްދައެވެ.

  8. 23:7

    فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْعَادُونَ

    Famanib tag̣aa waraaaʹa ẓaalika faʹulaaaʹika humul ʻaadoon;

    ފަހެ އޭގެ ފަހަތަށް އެދިގެންފިމީހާ (އެބަހީ: ތިމާގެ އަނބީންނަށާއި جَاريَة އިން ނޫން މީހުނަށް ތިމާގެ ލަދުގުނަވަން كشف ކޮށް ހާމަކޮށް ހަދާ އަރާމެއް ލިބިގެންފިމީހުން) ދަންނައެވެ. ފަހެ އެފަދަ މީހުންނަކީ ހައްދުފަހަނަޅައިފި ބައެކެވެ. ﷲ އެމީހުންނަށް ކަނޑައަޅުއްވާދެއްވި އިމުން ނުކުމެގެންވާ މީހުންނެވެ. ކުށްވެރިންނެވެ.

  9. 23:8

    وَٱلَّذِينَ هُمْ لِأَمَـٰنَـٰتِهِمْ وَعَهْدِهِمْ رَٰعُونَ

    Wallaẓeena hum liʹamaanaatihim wa-ʻahdihim raaʻoon;

    އަދި އެ مؤمن ންނަކީ އެމީހުންގެ އަމާނާތްތަކަށާއި وعد ތަކަށް ފަރުވާތެރިވެ އެކަންކަން ބަރާބަރަށް އަދާކުރާ މީހުންނެވެ.

  10. 23:9

    وَٱلَّذِينَ هُمْ عَلَىٰ صَلَوَٰتِهِمْ يُحَافِظُونَ

    wallaẓeena hum ʻalaa Ṣalawaatihim yuḥaafiz̤̣oon.

    އަދި ހަމަ އެ مؤمن ންނަކީ އެމީހުންގެ ނަމާދުތަކުގެމައްޗަށް ރައްކާތެރިވާ މީހުންނެވެ. (އެބަހީ: އެމީހުންނަކީ އެމީހުންގެ فرض ނަމާދުތައް ބަރާބަރަށް ވަގުތުން ވަގުތަށް އެންގެވިފަދައަކުން އަދާކުރާ މީހުންނެވެ.)

  11. 23:10

    أُو۟لَـٰٓئِكَ هُمُ ٱلْوَٰرِثُونَ

    ʹUlaaaʹika humul waaris̤oon,

    އެމީހުންނަކީ ވާރުތަކުރާނެ މީހުންނެވެ.

  12. 23:11

    ٱلَّذِينَ يَرِثُونَ ٱلْفِرْدَوْسَ هُمْ فِيهَا خَـٰلِدُونَ

    ʹAllaẓeena yaris̤oonal Firdaws: hum feehaa khaalidoon.

    އެމީހުންނަކީ فِرْدَوْسُ އެވެ ކިޔުނު ސުވަރުގެ ވާރުތަކުރާނެ މީހުންނެވެ. އަދި އެމީހުންނަކީ އެތާގައި ދެމިތިބޭނޭ މީހުންނެވެ.

  13. 23:12

    وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ مِن سُلَـٰلَةٍ مِّن طِينٍ

    Wa-laq̣ad khalaq̣nal ʹiñsaana miñ sulaalatim miñ ṭeen;

    ހަމަކަށަވަރުން މަށީގެ ސާފު ފެންފޮދަކުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. (މިއާޔަތުގައި މިނަންގަނެވިގެންވާ އިންސާނާއަކީ آدم عليه السّلام އެވެ. والله أعلم)

  14. 23:13

    ثُمَّ جَعَلْنَـٰهُ نُطْفَةً فِى قَرَارٍ مَّكِينٍ

    S̤umma jaʻalnaahu nuṭfatañ fee q̣araarim makeen;

    ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނުންގެ ދަރިފަސްކޮޅު نُطْفَة އަކުން يعني: މަނިފޮދުވަރަކުން ލެއްވީމެވެ. އެ نطفة ދެން ރައްކާތެރިތަނެއްގައި قرار ކުރެއްވީމެވެ. (އެއީ އަންހެނާގެ رَحِم އެވެ.)

  15. 23:14

    ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةً فَخَلَقْنَا ٱلْعَلَقَةَ مُضْغَةً فَخَلَقْنَا ٱلْمُضْغَةَ عِظَـٰمًا فَكَسَوْنَا ٱلْعِظَـٰمَ لَحْمًا ثُمَّ أَنشَأْنَـٰهُ خَلْقًا ءَاخَرَ ۚ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَـٰلِقِينَ

    S̤umma khalaq̣nan nuṭfata ʻalaq̣atañ fakhalaq̣nal ʻalaq̣ata muḍg̣atañ fakhalaq̣nal muḍg̣ata ʻiz̤̣aamañ fakasawnal ʻiz̤̣aama laḥmaa; s̤umma ʹañshaʹnaahu khalq̣an ʹaakhar. Fatabaarakal laahu ʹAḥsanul khaaliq̣een!

    ދެން ތިމަންރަސްކަލާނގެ އެމަނިފޮދު ގަނޑުލެއިކޮޅަކަށް ހެއްދެވީމެވެ. ދެން އެގަނޑު ލެއިކޮޅު ތިމަންރަސްކަލާނގެ މަސްކޮޅަކަށް ހެއްދެވީމެވެ. ދެން އެމަސްކޮޅު ތިމަންރަސްކަލާނގެ ކަށިކޮޅަކަށް ހެއްދެވީމެވެ. ދެން އެކަށިކޮޅުގައި ތިމަންރަސްކަލާނގެ މަސްލެއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެއިންސާނާ އެހެން ހެއްދެވުމަކުން ހެއްދެވީމެވެ. (އެއީ އޭނާގެ ފުރާނައެޅުއްވުމާ حِسُّ ތައް ބަރާބަރުކުރެއްވުމާ ދެންވެސް ހުރި ކަންކަމެވެ. والله أعلم) ފަހެ ﷲ ގެ ބަރަކާތްވަންތަކަމުގެ ބޮޑުކަމާއެވެ! އެކަލާނގެއީ އެންމެ ރަނގަޅަށް އެންމެ ރީތިކޮށް އަދި އެންމެ ފުރިހަމަކޮށް ހައްދަވާ ކަލާނގެއެވެ. އެކަލާނގެ بركاة ވަންތަކަމާއެވެ!

  16. 23:15

    ثُمَّ إِنَّكُم بَعْدَ ذَٰلِكَ لَمَيِّتُونَ

    S̤umma ʹinnakum baʻda ẓaalika lamayyitoon.

    (އޭ އިންސާނުންނޭވެ!) ދެން ހަމަކަށަވަރުން ކަލޭމެން އޭގެފަހުގައި (އެބަހީ: ހައްދަވައި ދުނިޔޭގައި އުޅުމަށްފަހު) ކަނޑައެޅިގެން مَيّت ންކަމުގައިވާނެއެވެ. މަރުވާނެއެވެ.

  17. 23:16

    ثُمَّ إِنَّكُمْ يَوْمَ ٱلْقِيَـٰمَةِ تُبْعَثُونَ

    S̤umma ʹinnakum Yawmal Q̣iyaamati tubʻas̤oon.

    ދެން ހަމަކަށަވަރުން ކަލޭމެން (މަރުވުމަށްފަހު) قيامة ދުވަހުން (އަލުން ދިރިގެން محشر އަށް) ފޮނުވޭހުއްޓެވެ. (އެއީ ކަށަވަރުކަމެކެވެ.)

  18. 23:17

    وَلَقَدْ خَلَقْنَا فَوْقَكُمْ سَبْعَ طَرَآئِقَ وَمَا كُنَّا عَنِ ٱلْخَلْقِ غَـٰفِلِينَ

    Wa-laq̣ad khalaq̣naa fawq̣akum sabʻa ṭaraaaʹiq̣a wa-maa kunnaa ʻanil khalq̣i g̣aafileen.

    އަދި ހަމަކަށަވަރުން ކަލޭމެންގެ މަތީގައި މަތިމައްޗަށް ހަތްއުޑު ތިމަންރަސްކަލާނގެ ހެއްދެވީމެވެ. އަދި خَلْقُ ތަކުން ފިޔަވައި غَافِلُ ވެވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވެއެވެ.

  19. 23:18

    وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءًۢ بِقَدَرٍ فَأَسْكَنَّـٰهُ فِى ٱلْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابٍۭ بِهِۦ لَقَـٰدِرُونَ

    Wa-ʹañzalnaa minas samaaaʹi maaaʹam biq̣adariñ faʹaskannaahu fil ʹarḍi wa-ʹInnaa ʻalaa ẓahaabim bihee la-Q̣aadiroon.

    އަދި ވަކިމިންވަރަކަށް ތިމަންރަސްކަލާނގެ އުޑުން ފެންވެއްސަވަމުއެވެ. ދެން ތިމަންރަސްކަލާނގެ އެފެން ބިމުގައި ހިފަހައްޓަވައި خَزانَه ކުރައްވަމެވެ. އަދި އެފެން ބިމުން ގެންދަވައި ނެތިކުރެއްވުމަށްވެސް ތިމަންރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.

  20. 23:19

    فَأَنشَأْنَا لَكُم بِهِۦ جَنَّـٰتٍ مِّن نَّخِيلٍ وَأَعْنَـٰبٍ لَّكُمْ فِيهَا فَوَٰكِهُ كَثِيرَةٌ وَمِنْهَا تَأْكُلُونَ

    Faʹañshaʹnaa lakum̃ bihee jannaatim min nakheeliñw waʹaʻnaab. Lakum feehaa fawaakihu kas̤eeratuñw waminhaa taʹkuloon,

    އަދި އެފެނުން ތިމަންރަސްކަލާނގެ ކަލޭމެނަށްޓަކައި ކަދުރާއި މޭބިސްކަދުރުގެ ބަގީޗާތައް އުފެއްދެވީމެވެ. އަދި ކަލޭމެންނަށް އެބަގީޗާތަކުގައި ގިނަގުނަ މޭވާތައްވެއެވެ. އަދި ކަލޭމެން އެތަކެތިކައި ހަދަމުއެވެ.

  21. 23:20

    وَشَجَرَةً تَخْرُجُ مِن طُورِ سَيْنَآءَ تَنۢبُتُ بِٱلدُّهْنِ وَصِبْغٍ لِّلْـَٔاكِلِينَ

    Wa-shajaratañ takhruju miñ Ṭoori Saynaaaʹa tambutu bidduhni waṣibg̣illil ʹaa-kileen.

    އަދި އެހެން ގަހެއް ތިމަންރަސްކަލާނގެ ހެއްދެވީމެވެ. އެގަސް ނުކުންނަނީ طُوْرسِيْنَا އެވެ ކިޔޭ ފަރުބަދައިންނެވެ. އެގަހުން ތެޔޮނުކުމެއެވެ. ނުވަތަ ތެޔޮ ނެރެވެއެވެ. އަދި ކައިހަދާ މީހުންނަށްވާ ލައިގެންކާއެއްޗެއްކަމުގައި އޭތިވެއެވެ. (އެގަހަކީ زَيْتُون ގަސްކަމުގައިވެއެވެ. والله أعلم)

  22. 23:21

    وَإِنَّ لَكُمْ فِى ٱلْأَنْعَـٰمِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِى بُطُونِهَا وَلَكُمْ فِيهَا مَنَـٰفِعُ كَثِيرَةٌ وَمِنْهَا تَأْكُلُونَ

    Wa-ʹinna lakum fil ʹanʻaami laʻibrah: nusq̣eekum mimmaa fee buṭoonihaa wa-lakum feehaa manaafiʻu kas̤eeratuñw waminhaa taʹkuloon;

    އަދި نَعَم ސޫފީގައި ކަލޭމެންނަށް عبرة ވާކަންކަށަވަރެވެ. (އެބަހީ: އެތަކެތީގައި ވިސްނާ فكر ކޮށް عبرة حاصل ކުރާ މީހަކަށް ﷲ ގެ نعمة އާއި އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަން ދެނެގަންނާނެ عبرة އާއި دليل ވެއެވެ.) އަދި އެތަކެތީގެ ބަނޑުގައިވާތަކެތީގެތެރެއިން ކަލޭމެނަށް ބޯންދެއްވަމެވެ. (ކިރުބޯންދެއްވަމެވެ.) އަދި އެތަކެތީގައި ކަލޭމެނަށްވާ ގިނަގުނަ مَنْفَعَ ތައް ވެއެވެ. އަދި އެތަކެތީން ކަލޭމެން ކައިހަދަމުއެވެ. އޭގެ މަހާއި ސަރުބީ ކައިހަދަމުއެވެ.

  23. 23:22

    وَعَلَيْهَا وَعَلَى ٱلْفُلْكِ تُحْمَلُونَ

    Wa-ʻalayhaa wa-ʻalal fulki tuḥmaloon.

    އަދި އެ نَعَم ސޫފީގެމަތީގައި އަދި މޫދުގައި ދުއްވާ އުޅަނދުފަހަރުގައި ކަލޭމެން އެއްތަނުން އަނެއްތަކަށް ގޮސްވަމުއެވެ. ދަތުރުފަތުރު ކުރަމެވެ. ތަކެތި އުފުލާ ހަދަމުއެވެ. އެއީ ހައްތާވެސް مَنْفَعَ އެވެ.

  24. 23:23

    وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَقَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥٓ ۖ أَفَلَا تَتَّقُونَ

    Wa-laq̣ad. ʹarsalnaa Nooḥan ʹilaa q̣awmihee faq̣aala yaa q̣awmiʻbudul laaha maa- lakum min ʹilaahin g̣ayruh. ʹAfalaa tattaq̣oon?

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ نُوح عليه السّلام އެކަލޭގެފާނުންގެ قوم އަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އެކަލާނގެ ފިޔަވައި حقّ އެހެންއެއްވެސް إله އެއް ކަލޭމެނަށް ނުވެއެވެ. ކަލޭމެން ފަހެ تقوى ވެރިނުވާނެހެއްޔެވެ؟ ބިރުވެތިނުވާނެހެއްޔެވެ؟

  25. 23:24

    فَقَالَ ٱلْمَلَؤُا۟ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦ مَا هَـٰذَآ إِلَّا بَشَرٌ مِّثْلُكُمْ يُرِيدُ أَن يَتَفَضَّلَ عَلَيْكُمْ وَلَوْ شَآءَ ٱللَّهُ لَأَنزَلَ مَلَـٰٓئِكَةً مَّا سَمِعْنَا بِهَـٰذَا فِىٓ ءَابَآئِنَا ٱلْأَوَّلِينَ

    Faq̣aalal malaʹul laẓeena kafaroo miñ q̣awmihee maa- haaẓaaa ʹillaa basharum mis̤lukum yureedu ʹañy yatafaḍḍala ʻalaykum: wa-law shaaaʹal laahu laʹañzala malaaaʹikah: maa- samiʻnaa bihaaẓaa feee ʹaabaaaʹinal ʹawwaleen.

    ފަހެ އެކަލޭގެފާނުންގެ قوم ގެ ބޮޑުން (އެމީހުން އެމީހުންނަށް) ބުނެއެވެ. މިއީ ހަމަ ކަލޭމެންކަހަލަ آدم ގެ ދަރިއެކެވެ. އެކަލޭގެފާނު އެއެދިވަޑައިގަންނަވަނީ ކަލޭމެންގެ މައްޗަށް އެކަލޭގެފާނު މާތްވެގަންނާށެވެ. އަދި (رسول ބޭކަލަކު ފޮނުއްވުމަށް) ﷲ އެދިވޮޑިގެންނެވިނަމަ ހަމަކަށަވަރުން މަލާއިކަތްބޭކަލަކު ފޮނުއްވައިފީހެވެ. އަދި އަހުރެމެންގެ އިސްވެދިޔަ ކާބަފައިންގެ ކިބައިންވެސް އަހުރެމެން މިފަދަ ވާހަކައެއް ނާހަމެވެ. (އެބަހީ: ﷲ ނޫން إله އަކު ނުވެޔޭ ބުނާއަޑެއް ނާހަމެވެ.)

  26. 23:25

    إِنْ هُوَ إِلَّا رَجُلٌۢ بِهِۦ جِنَّةٌ فَتَرَبَّصُوا۟ بِهِۦ حَتَّىٰ حِينٍ

    ʹIn huwa ʹillaa rajulum bihee jinnatuñ fatarabbaṣoo bihee ḥattaa ḥeen.

    ހަމަކަށަވަރުން އެކަލޭގެފާނަކީ އެކަލޭގެފާނުންގެ ކިބައިގައި ޖިންނިބަލި ނުވަތަ މޮޔަކަން ހުރި މީހަކުކަމުގައި މެނުވީ ނުވެއެވެ. ފަހެ ކަލޭމެން ދުވަސްކޮޅަކަށް އެކަލޭގެފާނުންގެ ކަންތަކާމެދު إنتظار ކުރާށެވެ! ވާގޮތެއް ބަލާށެވެ!

  27. 23:26

    قَالَ رَبِّ ٱنصُرْنِى بِمَا كَذَّبُونِ

    Q̣aala Rabbiñ ṣurnee bimaa kaẓẓaboon!

    އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! އެބައިމީހުން (يعني: މިއަޅާގެ قوم ގެމީހުން) މިއަޅާ ދޮގުކުރާ ކަންކަމުގައި މިއަޅާއަށް نصر ދެއްވާންދޭވެ!

  28. 23:27

    فَأَوْحَيْنَآ إِلَيْهِ أَنِ ٱصْنَعِ ٱلْفُلْكَ بِأَعْيُنِنَا وَوَحْيِنَا فَإِذَا جَآءَ أَمْرُنَا وَفَارَ ٱلتَّنُّورُ ۙ فَٱسْلُكْ فِيهَا مِن كُلٍّ زَوْجَيْنِ ٱثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ ٱلْقَوْلُ مِنْهُمْ ۖ وَلَا تُخَـٰطِبْنِى فِى ٱلَّذِينَ ظَلَمُوٓا۟ ۖ إِنَّهُم مُّغْرَقُونَ

    Faʹawḥaynaaa ʹilayhi ʹaniṣ naʻil Fulka biʹaʻyuninaa wa-waḥyinaa faʹiẓaa jaaaʹa ʹAmrunaa wa-faarat tannooru fasluk feehaa miñ kulliñ zawjaynis̤ nayni wa-ʹahlaka ʹillaa mañ sabaq̣a ʻalayhil Q̣awlu minhum: wa-laa tukhaaṭibnee fil laẓeena z̤̣alamoo; ʹinnahum mug̣raq̣oon.

    ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް وحي ކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބެއްލެވުމާއި ތިމަންރަސްކަލާނގެ وحي އާއިއެކު ކަލޭގެފާނު ނައުކޮޅު ހައްދަވާށެވެ! އަދި ތިމަންރަސްކަލާނގެ أمر ފުޅުއައިސް (އެބަހީ: قوم ގެ ކާފަރުންގެ ހަލާކުގެ أمر ފުޅު އަތުވެއްޖެއްޔާއި - އަދި އުނދުންތަކުން ފެންއަރަން ފަށައިފިއްޔާ ދެން ކަލޭގެފާނު އެނާކޮޅަށް ކޮންމެ ވައްތަރަކުންވެސް ޖޯޑަކުން ޖޯޑަކުން ލައްވާށެވެ! އަދި ކަލޭގެފާނުންގެ أهل ވެރިންކުރެ އެމީހެއްގެމައްޗަށް (ހަލާކުވުމުގެ) ބަސްފުޅު އިސްވެގޮސްފައިވާ މީހުން ފިޔަވައި ކަލޭގެފާނުންގެ أهل ވެރިންވެސް އެނާކޮޅަށް ލައްވާށެވެ! (އަދި ކަލޭގެފާނުވެސް އަރާވަޑައިގަންނަވާށެވެ!) އަދި އަނިޔާވެރިންނާއިމެދު (އެބަހީ: އެމީހުންގެ حال އާއިމެދު) ތިމަންރަސްކަލާނގެއަށް އެއްޗެއް ނުދަންނަވާށެވެ! ހަމަކަށަވަރުން އެމީހުން އެއީ غرق ވެގެންވާ ބައެކެވެ.

  29. 23:28

    فَإِذَا ٱسْتَوَيْتَ أَنتَ وَمَن مَّعَكَ عَلَى ٱلْفُلْكِ فَقُلِ ٱلْحَمْدُ لِلَّهِ ٱلَّذِى نَجَّىٰنَا مِنَ ٱلْقَوْمِ ٱلظَّـٰلِمِينَ

    Faʹiẓas tawayta ʹañta wa-mam maʻaka ʻalal Fulki faq̣ulil Ḥamdu lillaahil laẓee najjaanaa minal q̣awmiz̤̣ z̤̣aalimeen.

    ދެންފަހެ ކަލޭގެފާނާއި އަދި ކަލޭގެފާނާއިއެކު (إيمان ވެގެންވާ) މީސްތަކުން އެނާކޮޅަށް އަރާ ހަމަޖެހިވަޑައިގެންފިއްޔާ ދެން ކަލޭގެފާނު ވިދާޅުވާށެވެ! އެންމެހައި حمد އާއި تعريف އެއް حقّ ވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ އަޅަމެން އަނިޔާވެރި قوم ގެފަރާތުން ސަލާމަތްކުރެއްވި ކަލާނގެއެވެ.

  30. 23:29

    وَقُل رَّبِّ أَنزِلْنِى مُنزَلًا مُّبَارَكًا وَأَنتَ خَيْرُ ٱلْمُنزِلِينَ

    Wa-q̣ur Rabbi ʹañzilnee muñzalam mubaarakañw waʹAñta Khayrul Muñzileen.

    އަދި ކަލޭގެފާނު ވިދާޅުވާށެވެ. އޭއަޅުގެ ربّ އެވެ. بركاة ތެރިވެގެންވާ ތަނަކަށް މިއަޅާ ބާލުއްވާދެއްވާންދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ އެންމެ ހެޔޮގޮތުގައި ބައިލުއްވާ ކަލާނގެއެވެ.

  31. 23:30

    إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ وَإِن كُنَّا لَمُبْتَلِينَ

    ʹInna fee ẓaalika laʹAayaatiñw waʹiñ kunnaa lamubtaleen.

    (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: نوح عليه السّلام ގެ قوم ގެ ކާފަރުން ހަލާކުކުރައްވައި غرق ކުރެއްވުމުގައި ކަލޭގެފާނުންގެ قوم ގެ مشرك ންނަށް) ކަނޑައެޅި ބަޔާންވެގެންވާ عبرة އާއި دليل ވެއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ވޮޑިގެންވަނީ މިމީހުން إمتحان ކުރައްވައި خبر ބައްލަވާ ކަލަކުކަމުގައެވެ.

  32. 23:31

    ثُمَّ أَنشَأْنَا مِنۢ بَعْدِهِمْ قَرْنًا ءَاخَرِينَ

    S̤umma ʹañshaʹnaa mim baʻdihim q̣arnan ʹaakhareen.

    ދެން ތިމަންރަސްކަލާނގެ އެމީހުންގެފަހުން އެހެން أمّة އެއް އުފެއްދެވީމެވެ.

  33. 23:32

    فَأَرْسَلْنَا فِيهِمْ رَسُولًا مِّنْهُمْ أَنِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥٓ ۖ أَفَلَا تَتَّقُونَ

    Faʹarsalnaa feehim rasoolam minhum ʹaniʻ budul laaha maa- lakum min ʹilaahin g̣ayruh. ʹAfalaa tattaq̣oon?

    އަދި އެމީހުންގެ ތެރެއިން މީހަކު އެމީހުންގެތެރެއަށް رسول ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. (އެއީ އެބޭކަލަކު އެމީހުންނަށް ވިދާޅުވުމަށެވެ.) އޭ قوم ގެ މީހުންނޭވެ. ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އެއްވެސް إله އަކު ކަލޭމެންނަކަށް ނުވެއެވެ. (حقّ إله އަކު ނުވެއެވެ.) ކަލޭމެން ފަހެ تقوى ވެރިނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ؟

  34. 23:33

    وَقَالَ ٱلْمَلَأُ مِن قَوْمِهِ ٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِلِقَآءِ ٱلْـَٔاخِرَةِ وَأَتْرَفْنَـٰهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا مَا هَـٰذَآ إِلَّا بَشَرٌ مِّثْلُكُمْ يَأْكُلُ مِمَّا تَأْكُلُونَ مِنْهُ وَيَشْرَبُ مِمَّا تَشْرَبُونَ

    Wa-q̣aalal malaʹu miñ q̣awmihil laẓeena kafaroo wa-kaẓẓaboo bi-Liq̣aaaʹil ʹAakhirati wa-ʹatrafnaahum fil ḥayaatid dunyaa maa- haaẓaaa ʹillaa basharum mis̤lukum yaʹkulu mimmaa taʹkuloona minhu wa-yashrabu mimmaa tashraboon.

    އަދި އެކަލޭގެފާނުންގެ قوم ގެ آخرة އާއި ބައްދަލުވުން ދޮގުކުރި އަދި ކާފަރުވީ ބޮޑެތި ސަރުދާރުން ބުންޏެވެ. އަދި އެމީހުންނަކީ ދުނިޔޭގެ حياة ގައި އެމީހުންނަށް ގިނަގުނަ نعمة ތައްދެއްވި މީހުންނެވެ. އެމީހުން ބުންޏެވެ. މިބޭކަލަކީ (އެބަހީ: رسول ކަމާއިގެން ފޮނުއްވިއޭ ކިޔައިގެން މިއުޅޭމީހަކީ) ހަމަކަލޭމެންކަހަލަ آدم ގެދަރިއަކު ކަމުގައި މެނުވީ ނުވެއެވެ. އެކަލޭގެފާނު އެ ކަނީވެސް އެއެއްޗެއް ކަލޭމެންވެސް ހަމަކައިހަދާ ތަކެއްޗެވެ. އަދި ބޮނީވެސް ހަމަ ކަލޭމެން ބޯބާވަތުގެ ތަކެއްޗެވެ. (މިއީ ވަކިއާ މީހެއްނޫނެވެ.)

  35. 23:34

    وَلَئِنْ أَطَعْتُم بَشَرًا مِّثْلَكُمْ إِنَّكُمْ إِذًا لَّخَـٰسِرُونَ

    Wa-laʹin ʹaṭaʻtum̃ basharam mis̤lakum ʹinnakum ʹiẓal lakhaasiroon.

    އަދި ކަލޭމެންކަހަލަ آدم ގެ ދަރިޔަކަށް ކަލޭމެން ކިޔަމަންވެއްޖެއްޔާއި އޭރުން ކަލޭމެންނަކީ ކަށަވަރުންވެސް ގެއްލި ހަލާކުވެއްޖެ ބައެކެވެ.

  36. 23:35

    أَيَعِدُكُمْ أَنَّكُمْ إِذَا مِتُّمْ وَكُنتُمْ تُرَابًا وَعِظَـٰمًا أَنَّكُم مُّخْرَجُونَ

    ʹA-yaʻidukum ʹannakum ʹiẓaa mittum wa-kuñtum turaabañw waʻiz̤̣aaman ʹannakum mukhrajoon?

    ހަމަކަށަވަރުން ކަލޭމެން މަރުވެ ވެއްޔަށްވެ ކަށިތައްވެސް ފީވެދިއުމަށްފަހު ކަލޭމެން (އަލުން ދިރިގެން) ނެރެވޭނޭކަމަށް އެކަލޭގެފާނު ކަލޭމެނަށް وعد ކުރަނީހެއްޔެވެ؟

  37. 23:36

    ۞ هَيْهَاتَ هَيْهَاتَ لِمَا تُوعَدُونَ

    Hayhaata hayhaata limaa tooʻadoon!

    ކަލޭމެންނަށް وعد ވެވޭ ކަންތަކުގެ ހުރި ދުރުކަމާއެވެ. ދުރުކަމާއެވެ.

  38. 23:37

    إِنْ هِىَ إِلَّا حَيَاتُنَا ٱلدُّنْيَا نَمُوتُ وَنَحْيَا وَمَا نَحْنُ بِمَبْعُوثِينَ

    ʹIn hiya ʹillaa ḥayaatunad dunyaa namootu wa-naḥyaa wa-maa naḥnoo bimabʻoos̤een!

    އަހުރެމެން މިއުޅޭ ދުނިޔޭގެ حياة މެނުވީ އެހެން حياة އެއް ނުވެއެވެ. އެ حياة ގެތެރޭގައި އެއްބަޔަކު މަރުވެ އަނެއްބަޔަކު ދިރެނީއެވެ. (އެއީ އެގޮތަށް ހަމަޖެހިފައިވާ ކަމެކެވެ.) އަދި އަހުރެމެންނަކީ އަލުން ދިރިގެން ފޮނުވޭނެ ބަޔަކު ކަމުގައި ނުވެއެވެ. (މިއީ އެ قوم ގައި ތިބި ކާފަރުންގެ މަތީމީހުން ދެރަނިކަމެތިންނަށް ވިސްނައިދޭ ވިސްނައިދިނުމެވެ. ކޮންމެ ޒަމާނެއްގައި އަދި ކޮންމެތާކުވެސް سَمَاوِي هِدَايَة އާއި ދުރުބަޔަކު ކަމުގައި ފެންނަނީ އެތަނެއްގައި ތިބޭ ކަމުވޮށިވެގެންވާ މަތީމީހުންނެވެ. ބަސްވިކޭ މީހުންނެވެ. އާދައިގެ ދެރަމީހުންމަގުން ނެއްޓިގެން ދިއުމުގެ އެންމެބޮޑު ސަބަބަކީ މިމަތީ މީހުންގެ ވާހަކަތަކާއި އެމީހުންގެ عمل ތަކާއި ފިއްތުންތަކެވެ.

  39. 23:38

    إِنْ هُوَ إِلَّا رَجُلٌ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا وَمَا نَحْنُ لَهُۥ بِمُؤْمِنِينَ

    ʹIn huwa ʹillaa rajulunif taraa ʻalal laahi kaẓibañw wamaa naḥnu lahoo bimuʹmineen!

    (އަދި އެމީހުން ބުންޏެވެ.) އޭނާޔަކީ ﷲ ގެމައްޗަށް ދޮގެއް އަމިއްލައަށް ހަދައިގެންއުޅޭ މީހަކުކަމުގައި މެނުވީ ނުވެއެވެ. އަދި އަހުރެމެންނަކީ އެކަލޭގެފާނަށް އީމާންވެގެންވާ ބަޔަކު ކަމުގައި ނުވެއެވެ. (އަހުރެމެން އެކަލޭގެފާނަށް އީމާންނުވާނަމެވެ.)

  40. 23:39

    قَالَ رَبِّ ٱنصُرْنِى بِمَا كَذَّبُونِ

    Q̣aala Rabbiñ ṣurnee bimaa kaẓẓaboon.

    އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ. އެމީހުން ދޮގުކުރިކަމުގެ ސަބަބުން މިއަޅާއަށް نصر ދެއްވާންދޭވެ.

  41. 23:40

    قَالَ عَمَّا قَلِيلٍ لَّيُصْبِحُنَّ نَـٰدِمِينَ

    Q̣aala ʻammaa q̣aleelil layuṣbiḥunna naadimeen!

    އެކަލާނގެ وحي ކުރެއްވިއެވެ. ކުޑަދުވަސްކޮޅެއްގެތެރޭގައި ހިތާމަކުރާ ބަޔަކުކަމުގައި އެމީހުން ވެދާނެއެވެ.

  42. 23:41

    فَأَخَذَتْهُمُ ٱلصَّيْحَةُ بِٱلْحَقِّ فَجَعَلْنَـٰهُمْ غُثَآءً ۚ فَبُعْدًا لِّلْقَوْمِ ٱلظَّـٰلِمِينَ

    Faʹakhaẓathumuṣ Ṣayḥatu bilḥaq̣q̣i fajaʻalnaahum g̣us̤aaaʹaa! Fabuʻdal lilq̣awmiz̤̣ z̤̣aalimeen!

    ފަހެ އެމީހުން ކާފަރުވުމުގެ ސަބަބުން އެމީހުންނަށް حقّ ގޮތުގައި އަޑުފަށް އައިސް އެމީހުން ހަލާކުވެދިޔައީއެވެ. ފަހެ ފެންމަތީގައި އޮޔާދާ ކުނިކޮޅުތަކެއްފަދައިން ތިމަންރަސްކަލާނގެ އެމީހުން ހަދައިލައިފީމެވެ. ފަހެ އަނިޔާވެރިންނަށް ﷲ ގެ رحمة ގެ ހުރި ދުރުކަމާއެވެ. (މިމީހުންނަކީ މިއީ صالح عليه السّلام ގެ قوم ކަމުގައިވެއެވެ.)

  43. 23:42

    ثُمَّ أَنشَأْنَا مِنۢ بَعْدِهِمْ قُرُونًا ءَاخَرِينَ

    S̤umma ʹañshaʹnaa mim baʻdihim q̣uroonan ʹaakhareen.

    އެމީހުންގެފަހުން ދެން ތިމަންރަސްކަލާނގެ އެހެން أمّة ތަކެއް އުފެއްދެވީމެވެ.

  44. 23:43

    مَا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَـْٔخِرُونَ

    Maa- tasbiq̣u min ʹummatin ʹajalahaa wa-maa yastaʹkhiroon.

    އަދި އެއްވެސް أمّة އެއް އެ أمّة އަކަށް ކަނޑައެޅިފައިވާ އަޖަލު ހަމަނުވަނީސް ހަލާކު ނުވެއެވެ. އަދި އެ أمّة އެއް ހަލާކުވުމަށް ކަނޑައެޅިފައިވާ އަޖަލަށްވުރެ ފަސް ނުވެއެވެ. (އެބަހީ: ކޮންމެ أمّة އެއްވެސް ހަލާކުވަނީ އެ أمّة އެއް ހަލާކުވުމަށް ކަނޑައެޅިފައިވާ ވަގުތު އައުމުންނެވެ. އިސްނުވެއެވެ. ފަސްނުވެއެވެ.)

  45. 23:44

    ثُمَّ أَرْسَلْنَا رُسُلَنَا تَتْرَا ۖ كُلَّ مَا جَآءَ أُمَّةً رَّسُولُهَا كَذَّبُوهُ ۚ فَأَتْبَعْنَا بَعْضَهُم بَعْضًا وَجَعَلْنَـٰهُمْ أَحَادِيثَ ۚ فَبُعْدًا لِّقَوْمٍ لَّا يُؤْمِنُونَ

    S̤umma ʹarsalnaa rusulanaa tatraa. Kulla maa jaaaʹa ʹummatar rasooluhaa kaẓẓaboohu faʹatbaʻnaa baʻḍahum baʻḍañw wajaʹalnaahum ʹaḥaadees̤: fabuʻdal liq̣awmil laa yuʹminoon!

    ދެން ވިދިވިދިގެން އެއް رسول އަކަށްފަހު އަނެއް رسول އަކު ވަޑައިގަންނަވާ ގޮތަށް ތިމަންރަސްކަލާނގެ رسول ބޭކަލުން ފޮނުއްވީމެވެ. ކޮންމެ أمّة އަކަށްވެސް އެ أمّة އެއްގެ رسول އަކު ވަޑައިގަތުމުން އެ أمّة އެއްގެމީހުން އެބޭކަލަކު ދޮގުކުރެއެވެ. ދެން ތިމަންރަސްކަލާނގެ އޭގެ އެއްބަޔަކު އަނެއްބަޔަކާ تبع ކުރެއްވީމެވެ. (އެބަހީ: އެއްބަޔަކު ހަލާކުކުރެއްވުމަށް ފަހު އަނެއްބަޔަކު ހަލާކުކުރެއްވީމެވެ.) އަދި ދެކެވޭ ވާހަކަތަކެއް ކަމުގައި ތިމަންރަސްކަލާނގެ އެމީހުން ލެއްވީމެވެ. އަދި إيمان ނުވާ ބަޔަކަށް ދުރުވެގެންވެއެވެ. (އެބަހީ: އީމާންނުވާ ބަޔަކަށް ﷲ ގެ رحمة ދުރުވެގެންވެއެވެ.)

  46. 23:45

    ثُمَّ أَرْسَلْنَا مُوسَىٰ وَأَخَاهُ هَـٰرُونَ بِـَٔايَـٰتِنَا وَسُلْطَـٰنٍ مُّبِينٍ

    S̤umma ʹarsalnaa Moosaa wa-ʹakhaahu Haaroona biʹAayaatinaa wa-sulṭaanim mubeen.

    ދެން ތިމަންރަސްކަލާނގެ موسى عليه السّلام އާއި އެކަލޭގެފާނުންގެ أخ هارون عليه السّلام - ތިމަންރަސްކަލާނގެ އާޔަތްތަކާއި حجّة ތަކާއިއެކު رسول ކަމާއިގެން ފޮނުއްވީމެވެ.

  47. 23:46

    إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَٱسْتَكْبَرُوا۟ وَكَانُوا۟ قَوْمًا عَالِينَ

    ʹIlaa Firʻawna wa-malaʹihee fastakbaroo wa-kaanoo q̣awman ʻaaleen.

    އެއީ فرعون އާއި އޭނާގެ قوم ގެ ބޮޑުންގެ ގާތަށެވެ. ދެންފަހެ އެމީހުން ބޮޑާވެ ކިބުރުވެރިވެއްޖެއެވެ. އަދި އެމީހުންވީ (އަނިޔާވެރިކަމާއި ބޮޑާކަމުގައި) މާމަތީ ބަޔަކުކަމުގައެވެ.

  48. 23:47

    فَقَالُوٓا۟ أَنُؤْمِنُ لِبَشَرَيْنِ مِثْلِنَا وَقَوْمُهُمَا لَنَا عَـٰبِدُونَ

    Faq̣aalooo ʹanuʹminu libasharayni mis̤linaa wa-q̣awmuhumaa lanaa ʻaabidoon?

    އެމީހުން ބުންޏެވެ. އަހުރެމެންކަހަލަ ދެ آدم ގެދަރިންނަށް އަހުރެމެން إيمان ވާނޭހެއްޔެވެ؟ (އެބަހީ: އެދެމީހުންނަށް އަހުރެމެން إيمان ނުވާނަމެވެ.) އަދި އެދެމީހުންގެ قوم އެބަހީ: بني إسرائيل - ނިކަމެތިވެ ކިޔަމަންތެރިވެގެންވަނީ އަހުރެމެންނަށެވެ.

  49. 23:48

    فَكَذَّبُوهُمَا فَكَانُوا۟ مِنَ ٱلْمُهْلَكِينَ

    Fakaẓẓaboohumaa fakaanoo minal muhlakeen.

    ފަހެ އެމީހުން އެދެބޭކަލުން ދޮގުކޮށްފިއެވެ. އަދި އެމީހުންވީ ހަލާކުވެވުނު މީހުންގެތެރެއިންނެވެ.

  50. 23:49

    وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ لَعَلَّهُمْ يَهْتَدُونَ

    Wa-laq̣ad ʹaataynaa Moosal Kitaaba laʻallahum yahtadoon.

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ موسى عليه السّلام އަށް توراة ދެއްވީމެވެ. އެއީ އެބައިމީހުންނަށް އެބަހީ: بني إسرائيل އަށް ތެދުމަގު ލިބުމުގެ أمّيد ގައެވެ. ތެދުމަގު ލިބޭތޯއެވެ!

  51. 23:50

    وَجَعَلْنَا ٱبْنَ مَرْيَمَ وَأُمَّهُۥٓ ءَايَةً وَءَاوَيْنَـٰهُمَآ إِلَىٰ رَبْوَةٍ ذَاتِ قَرَارٍ وَمَعِينٍ

    Wa-jaʻalnab na Maryama wa-ʹummahooo ʹAayatañw Waʹaawaynaahumaaa ʹilaa rabwatiñ ẓaati q̣araariñw wamaʻeen.

    އަދި مريم ގެފާނުންގެ ދަރިކަލުން عيسى عليه السّلام އާއި އެކަލޭގެފާނުންގެ މަންމާފުޅު ތިމަންރަސްކަލާނގެ ލެއްވީ ދަލީލެއްކަމުގައެވެ. (އެބަހީ: ތިމަންރަސްކަލާނގެ قدرة ތެރިކަމުގެ މައްޗަށްވާ دليل އެއްކަމުގައެވެ. ބަފަޔަކު ނެތިވެސް ދަރިން އުފެއްދެވުމަށް ކުޅަދުންވަންތަވެވޮޑިގެންވާ ކަމުގެ ދަލީލަކަށެވެ. އަދި މަރުވެފައިވާ މީހުން ދިރުއްވުމަކީ ތިމަންރަސްކަލާނގެއަށް އެއްވެސް ދަތިކަމެއްނޫންކަން ދެނެގަތުމަށްޓަކައެވެ.) އަދި އެދެމައިކަނބަލުން (مريم ގެފާނާ عيسى عليه السّلام) މޭވާޔާ މީރުފެން ހުރި އުސްތަނަކަށް ތިމަންރަސްކަލާނގެ ލެއްވީމެވެ. (އެތަނަކީ فلسطين ގެ الرّملة ކަމަށާއި އަދި دِمِشْق ކަމަށާއި އަދި بيت المقدس ކަމަށާއި މިގޮތްގޮތަށް تفسير علم ވެރިންގެ މެދުގައި ވާހަކަ ދެކެވިފައިވެއެވެ. والله أعلم)

  52. 23:51

    يَـٰٓأَيُّهَا ٱلرُّسُلُ كُلُوا۟ مِنَ ٱلطَّيِّبَـٰتِ وَٱعْمَلُوا۟ صَـٰلِحًا ۖ إِنِّى بِمَا تَعْمَلُونَ عَلِيمٌ

    Yaaaʹayyuhar rusulu kuloo minaṭ ṭayyibaati waʻmaloo ṣaaliḥaa: ʹinnee bimaa taʻmaloona ʻAleem.

    އޭ رسول ބޭކަލުންނޭވެ! حلال ރަނގަޅުތަކެތި ފަރީކުޅުއްވާށެވެ! އަދި صالح عمل ކުރައްވާށެވެ! ހަމަކަށަވަރުން ތިޔަބޭކަލުން ކުރައްވާ ކަންތައްތައް ދެނެވޮޑިގެންވާކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވެއެވެ. (އެކަންކަމަށް ފުރިހަމަ أجور ލިބިވަޑައިގަންނަވާހުއްޓެވެ.)

  53. 23:52

    وَإِنَّ هَـٰذِهِۦٓ أُمَّتُكُمْ أُمَّةً وَٰحِدَةً وَأَنَا۠ رَبُّكُمْ فَٱتَّقُونِ

    Wa-ʹinna haaẓiheee ʹummatukum ʹummatañw Waaḥidatañw WaʹAna Rabbukum fattaq̣oon.

    އަދި (مُحَمَّد ގެފާނުންގެ އުއްމަތުގެމީހުންނޭވެ!) ހަމަކަށަވަރުން ކަލޭމެންގެ މި دين އަކީ އެއް دين އެކެވެ. އަދި ތިމަންރަސްކަލާނގެއީ ކަލޭމެންގެ ربّ އެވެ. ފަހެ އެހެންވެ ކަލޭމެން ތިމަންރަސްކަލާނގެއަށް އެކަނި ބިރުވެތިވާށެވެ! • ދަންނައެވެ. މިއާޔަތުން މި مخاطب ވަނީ އެންމެހައި نبي ބޭކަލުންނަށް ކަމުގައިވެއެވެ. އެއީ ކުރީގެ އާޔަތުގެ سِيَاق އަންނަގޮތުންނެވެ. އަދި ފަހުގެ އާޔަތްވެސް އެގޮތަށް دليل ކުރެއެވެ. (އާޔަތުގައި نبي ބޭކަލުންނަށް مخاطب އޮތްނަމަވެސް حُكُم އެންމެހައި އިންސާނުންނަށް ޢާއްމުވެގެންވެއެވެ.) والله أعلم.

  54. 23:53

    فَتَقَطَّعُوٓا۟ أَمْرَهُم بَيْنَهُمْ زُبُرًا ۖ كُلُّ حِزْبٍۭ بِمَا لَدَيْهِمْ فَرِحُونَ

    Fataq̣aṭṭaʻooo ʹamrahum̃ baynahum zuburaa: kullu ḥizbim bimaa ladayhim fariḥoon.

    ދެންފަހެ އެމީހުންގެމެދުގައި (އެބަހީ އިސްވެދިޔަ أمّة ތަކުގެ މެދުގައި) އެމީހުންގެ دين ގެ ކަންތައްތައް ބައިބައިކޮށް ވަކިވަކިކޮށް ފޮތްތަކަކަށް ހަދައިލައިފިއެވެ. އަދި ކޮންމެ ބަޔަކުވެސް އެބައިމީހުންގެ އަތުގައިވާ އެއްޗާއިގެން (ފޮތުގެ ތެރެއިން ލިބުނު އެއްޗާއިގެން) އެމީހުން އުފާކުރަނީއެވެ. (މިއިން ކޮންމެ ބަޔަކުވެސް މިވަނީ دين ބައިބައިކޮށް އޭގެ އެއްބައި ހިފައިގެންނެވެ. އަނެއްބައިތަކަކަށް އީމާން ނުވެއެވެ. ހަމައިން ނެއްޓިފައެވެ. އަހުރެމެން މި أمّة ގައި މިހާރު މިތިބަމީހުންނާއި މިމީހުންނާ އެއްވެސް ތަފާތެއް އެބައޮތް ބާވައެވެ؟ އަހުރެމެންވެސް دين ބައިބައިކޮށް ކޮންމެ ބަޔަކު مذهب އެއް ހިފައިގެން ހޭޔާން ކިޔަނީއެވެ. سَمَاوِي އޮފީހުން އެންގެވި އެންގެވުމެއް ނޫނެވެ. ولا حول ولا قوّة إلاّ بالله)

  55. 23:54

    فَذَرْهُمْ فِى غَمْرَتِهِمْ حَتَّىٰ حِينٍ

    Faẓarhum fee g̣amratihim ḥattaa ḥeen.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުން ދޫކޮށްލައްވާށެވެ! އެއީ އެމީހުންގެ މަގުފުރެދުމުގައި ވަކިހިނދުކޮޅަކު ތިބުމަށެވެ.

  56. 23:55

    أَيَحْسَبُونَ أَنَّمَا نُمِدُّهُم بِهِۦ مِن مَّالٍ وَبَنِينَ

    ʹA-yaḥsaboona ʹannamaa numidduhum̃ bihee mim maaliñw wabaneen,

    އަދި ތިމަންރަސްކަލާނގެ އެމީހުންނަށް މުދަލާއި ދަރިންގެތެރެއިން ދެއްވާ ދެއްވުމާއިމެދު އެމީހުން އެހީކުރަނީހެއްޔެވެ؟

  57. 23:56

    نُسَارِعُ لَهُمْ فِى ٱلْخَيْرَٰتِ ۚ بَل لَّا يَشْعُرُونَ

    Nusaariʻu lahum fil khayraat? Bal laa yashʻuroon.

    އެއީ އެމީހުންނަށް ތިމަންރަސްކަލާނގެ ހެޔޮކަން އަވަސްކޮށްދެނީކަމުގައި (ހީކުރަނީހެއްޔެވެ؟) އެވާގޮތެއް އެމީހުނަށް إحساس ވެސް ނުވެއެވެ. (އެއީ ﷲ ގެ إِسْتِدْرَاج އެވެ. ރޭވުމެވެ. އޭގެފަހުގައި ވަނީ ނުބައެވެ. ކުއްލިއަކަށް ހިތްޕެވުމެވެ.)

  58. 23:57

    إِنَّ ٱلَّذِينَ هُم مِّنْ خَشْيَةِ رَبِّهِم مُّشْفِقُونَ

    ʹInnal laẓeena hum min khashyati Rabbihim mushfiq̣oon;

    ހަމަކަށަވަރުން އެބައިމީހުން އެބައިމީހުންގެ ربّ އަށް ބިރުވެތިވާމީހުން ވަނީ (ﷲ ގެ عذاب އަށް) ބިރުން ފެންކަޅިވެގެންނެވެ. (އެއީ މާތްވެގެންވާ މުއުމިނުންނެވެ.)

  59. 23:58

    وَٱلَّذِينَ هُم بِـَٔايَـٰتِ رَبِّهِمْ يُؤْمِنُونَ

    Wallaẓeena hum̃ biʹAayaati Rabbihim yuʹminoon;

    އަދި ކަނޑައެޅިގެން އެމީހުން އެމީހުންގެ ربّ ގެ آية ތަކަށް إيمان ވެއެވެ. އެއާޔަތްތައް ތެދުކުރެއެވެ.

  60. 23:59

    وَٱلَّذِينَ هُم بِرَبِّهِمْ لَا يُشْرِكُونَ

    Wallaẓeena hum̃ bi-Rabbihim laa- yushrikoon;

    އަދި އެމީހުން އެމީހުންގެ ربّ އަށް އެއްވެސްގޮތަކުން شَرِيْكُ ނުކުރެއެވެ.

  61. 23:60

    وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَٰجِعُونَ

    Wallaẓeena yuʹtoona maaa ʹaataw Waq̣uloobuhum wajilatun ʹannahum ʹilaa Rabbihim raajiʻoon;

    އަދި އެމީހުންގެ ހިތްތައް ބިރުން ސިހިގެންވާ حال އެމީހުންނަށް ލިބިފައިވާ މުދަލުން ހޭދަކުރެއެވެ. زكاة ދީ صدقة ދެއެވެ. އެއީ އެމީހުންގެ ربّ ގެ حضرة އަށް رجوع ވާނެތީ އެކަމާ ބިރުންނެވެ.

  62. 23:61

    أُو۟لَـٰٓئِكَ يُسَـٰرِعُونَ فِى ٱلْخَيْرَٰتِ وَهُمْ لَهَا سَـٰبِقُونَ

    ʹUlaaaʹika yusaariʻoona fil khayraati wa-hum lahaa saabiq̣oon.

    އެމީހުން ދަންނައެވެ! އެބަހީ: އިސްވެދިޔަ ސިފަތަކުގެ أهل ވެރިން ދަންނައެވެ. އެމީހުންނަކީ ހެޔޮކަންތަކުގައި އަވަސްވާމީހުންނެވެ. އަދި އެމީހުންނަކީ އެހެޔޮކަމަށް ކުރިއަރާދާ މީހުންނެވެ.

  63. 23:62

    وَلَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ وَلَدَيْنَا كِتَـٰبٌ يَنطِقُ بِٱلْحَقِّ ۚ وَهُمْ لَا يُظْلَمُونَ

    Wa-laa nukallifu nafsan ʹillaa wusʻahaa wa-ladaynaa Kitaabuñy yañṭiq̣u bilḥaq̣q̣i wahum laa- yuz̤̣lamoon.

    އަދި އެއްވެސް نفس އަކަށް އެ نفس އަކަށް ކުޅަދާނަވާވަރަކަށް މެނުވީ ތިމަންރަސްކަލާނގެ تَكْلِيْفُ ނުޖައްސަވަމެވެ. ބުރަނުޖައްސަވަމެވެ. އަދި ތިމަންރަސްކަލާނގެ حضرة ގައި (އަޅުތަކުންގެ عمل ތައް ނޯޓްކުރެވިގެންވާ) ފޮތެއްވެއެވެ. އަދި އެމީހުންނަށް އަނިޔާ ނުވެވޭނެއެވެ. (އެބަހީ: ނުބައިކަންތައް ކުރި މީހާގެ ނުބައިކަމުގެތެރެއަށް އިތުރު ނުވާނެއެވެ. އަދި ހެޔޮ عمل ކުރި މީހެއްގެ ހެޔޮ عمل ން އުނި ނުވާނެއެވެ. އެކަމުގެ ثواب މަދުނުވާނެއެވެ. އެޔާ خِلآفُ އަށް އެކަމުގެ ސަވާބު އިތުރުވާނެއެވެ.)

  64. 23:63

    بَلْ قُلُوبُهُمْ فِى غَمْرَةٍ مِّنْ هَـٰذَا وَلَهُمْ أَعْمَـٰلٌ مِّن دُونِ ذَٰلِكَ هُمْ لَهَا عَـٰمِلُونَ

    Bal q̣uloobuhum fee g̣amratim min haaẓaa wa-lahum ʹaʻmaalum miñ dooni ẓaalika hum lahaa ʻaamiloon,

    އަދި ކިއެއްހެއްޔެވެ؟ ކަންތައްހުރީ އެމީހުން އެބަހީ: مشرك ން ހީކުރާގޮތަކަށް ނޫނެވެ.) އެމީހުން އެވަނީ މި قرآن އާއިމެދު ކަނުވެ އަނދިރިވެގެންނެވެ. އަދި އެމީހުންނަށް އެކަން ފިޔަވައި (އެބަހީ: އެމީހުން މިހާރު އެކުރާ عمل ފިޔަވައި އެހެން (ނުބައި عمل އެމީހުންނަށްވެއެވެ. ނުވަތަ تقوى ވެރި މާތްމީހުންގެ عمل ފިޔަވައި އެހެން عمل އެމީހުންނަށް ވެއެވެ.) ކަނޑައެޅިގެން އެމީހުން އެކަންކުރާނެއެވެ. ނުބައި ކަންތައްތައްކޮށް އުރެދޭނެއެވެ.

  65. 23:64

    حَتَّىٰٓ إِذَآ أَخَذْنَا مُتْرَفِيهِم بِٱلْعَذَابِ إِذَا هُمْ يَجْـَٔرُونَ

    Ḥattaaa ʹiẓaaa ʹakhaẓnaa mutrafeehim̃ bilʻAẓaabi ʹiẓaa hum yajʹaroon!

    އެއީ އެމީހުންކުރެ نعمة އާއި މަޖަލުގައި ނުލަފާ ކަންތައްކުރާ މީހުންނަށް عذاب ދެއްވައި ތިމަންރަސްކަލާނގެ އެމީހުން ހިތްޕަވައި ހަލާކު ކުރައްވައިފުމަށްދާންދެނެވެ. އެހައިރުން އެބަހީ: عذاب އައުމުން އެމީހުން ސަލާމަތަށް އެދި ހަޅޭލަވާނެއެވެ.

  66. 23:65

    لَا تَجْـَٔرُوا۟ ٱلْيَوْمَ ۖ إِنَّكُم مِّنَّا لَا تُنصَرُونَ

    Laaa tajʹarul yawm: ʹinnakum minnaa laa- tuñṣaroon.

    (އެހިނދުން އެމީހުނަށް އެންގެވޭނެއެވެ.) ކަލޭމެން މިއަދު ސަލާމަތަށް އެދި ހަޅޭނުލާށެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ حضرة ން ކަލޭމެންނަކަށް نصر ނުލިބޭނެއެވެ. އެހީއެއް ނުލިބޭނެއެވެ.

  67. 23:66

    قَدْ كَانَتْ ءَايَـٰتِى تُتْلَىٰ عَلَيْكُمْ فَكُنتُمْ عَلَىٰٓ أَعْقَـٰبِكُمْ تَنكِصُونَ

    Q̣ad kaanat ʹAayaatee tutlaa ʻalaykum fakuñtum ʻalaaa ʹaʻq̣aabikum tañkiṣoon.

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ އާޔަތްތައް ކަލޭމެންގެމައްޗަށް ކިޔެވޭކަމުގައި ވިއެވެ. ފަހެ ކަލޭމެން ކަލޭމެންގެ ފުންނާބުތަކުގެމައްޗަށް ފަހަތަށް ޖެހޭ ކަމުގައި ވިއެވެ. (ކަލޭމެން އެއާޔަތްތަކަށް إيمان ނުވީމުއެވެ. ތެދުނުކުރީމުއެވެ.)

  68. 23:67

    مُسْتَكْبِرِينَ بِهِۦ سَـٰمِرًا تَهْجُرُونَ

    Mustakbireena bihee saamirañ tahjuroon.

    ކަލޭމެން مكّة ގެ حرم ގައި ބޮޑާވެގެންވާ حال ގައި ރޭގަނޑު جَلْسَة ކޮށް ﷲ އަށް ذِكر ކުރުމާއި حقّ އާއި ކަލޭމެން ދުރުވާކަމުގައިވެއެވެ.

  69. 23:68

    أَفَلَمْ يَدَّبَّرُوا۟ ٱلْقَوْلَ أَمْ جَآءَهُم مَّا لَمْ يَأْتِ ءَابَآءَهُمُ ٱلْأَوَّلِينَ

    ʹAfalam yaddabbarul Q̣awla ʹam jaaaʹahum maa lam yaʹti ʹaabaaaʹahumul ʹawwaleen?

    އެމީހުން އެބަހީ: مشرك ންތައް ފަހެ ﷲ ގެ وحي ބަސްފުޅަށް ވިސްނާ تَدْبِيْرُ ކޮށް ނުހަދަނީބާވައެވެ؟ (އޭގައިވާ عبرة އާއި حجّة އެނގުނީހީ އެހެންނަމަތާއެވެ.) ނުވަތަ އެމީހުންގެ އިސްވެދިޔަ ކާބަފައިންގެ ގާތަށް ނާންނަ ކަންތައް މިމީހުންގެ ގާތަށް އައީބާވައެވެ؟ (ބޮޑާވެ كبر ވެރިވެ އެޔާ ދުރަށް ދާނީ އެހެންނަމަތާއެވެ. އެމީހުންގެ ގާތަށްވެސް ފޮތާއި رسول ން ވަޑައިގަތީއެވެ. މިމީހުންގެ ގާތަށްވެސް ފޮތަކާއި رسول އަކު ވަޑައިގަތީއެވެ. ކަމަކީ ހަމަ އެއްކަމެކެވެ.)

  70. 23:69

    أَمْ لَمْ يَعْرِفُوا۟ رَسُولَهُمْ فَهُمْ لَهُۥ مُنكِرُونَ

    ʹAm lam yaʻrifoo Rasoolahum fahum lahoo muñkiroon?

    ނުވަތަ އެމީހުންގެ رسول އެމީހުންނަށް ނޭނގެނީބާވައެވެ؟ އެކަލޭގެފާނާމެދު إنكار ކޮށް ދެކޮޅުހަދާނީ އެހެންނަމަތާއެވެ. (އެ رسول އަކީ އެންމެން ދަންނަ އެމީހުންގެ أمين އެވެ.)

  71. 23:70

    أَمْ يَقُولُونَ بِهِۦ جِنَّةٌۢ ۚ بَلْ جَآءَهُم بِٱلْحَقِّ وَأَكْثَرُهُمْ لِلْحَقِّ كَـٰرِهُونَ

    ʹAm yaq̣ooloona bihee jinnah? Bal jaaaʹahum̃ bil-Ḥaq̣q̣i wa-ʹaks̤aruhum lil-Ḥaq̣q̣i kaarihoon.

    ނުވަތަ އެކަލޭގެފާނުންގެ ގައިގާ މޮޔަކަމެއް ހުރިކަމުގައި އެމީހުން ބުނަނީހެއްޔެވެ؟ އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުންގާތަށް حقّ އައީއެވެ. އެހެންނަމަވެސް އެމީހުންކުރެ ގިނަމީހުން އެ حقّ އަށް ނުރުހެނީއެވެ. ދެކޮޅުހަދަނީއެވެ.

  72. 23:71

    وَلَوِ ٱتَّبَعَ ٱلْحَقُّ أَهْوَآءَهُمْ لَفَسَدَتِ ٱلسَّمَـٰوَٰتُ وَٱلْأَرْضُ وَمَن فِيهِنَّ ۚ بَلْ أَتَيْنَـٰهُم بِذِكْرِهِمْ فَهُمْ عَن ذِكْرِهِم مُّعْرِضُونَ

    Wa-lawit tabaʻal Ḥaq̣q̣u ʹahwaaaʹahum lafasadatis samaawaatu wal-ʹarḍu wa-mañ feehinn! Bal ʹataynaahum̃ biẓikrihim fahum ʻañ ẓikrihim muʻriḍoon.

    އަދި "الحَقّ " އެމީހުންގެ هوَى نفس އާއި يعني: އަމިއްލަ އެދުމާއި تبع ވެއްޖެނަމަ ހަމަކަށަވަރުން އުޑުތަކާއި ބިން ފާސިދުވެއްޖައީހެވެ. އަދި އެތަންތާވާހާ ބަޔަކުވެސް فاسِدُ ވެއްޖައީހެވެ. (މިއާޔަތުގައި މިވާ الحَقّ އަކީ ﷲ سبحانه وتعالى އެވެ. (ނުވަތަ އިސްލާމުދީނެވެ.) އަދި ކިއެއްހެއްޔެވެ؟ އެމީހުންގެ ގާތަށް އެމީހުންގެ ذكر އައީއެވެ. يعني: އެމީހުންނަށް حقّ بيان ކޮށްދެއްވާ އެތި އައީއެވެ. އެއީ އެމީހުންގެ ތެރެއިން މީހެއްގެ މައްޗަށް މި قرآن ބާވައިލެއްވުމެވެ.) އަދި އެމީހުން އެވަނީ އެމީހުންގެ އެ ذكر ން އެނބުރި ފުރަގަސްދީ ގެންނެވެ.

  73. 23:72

    أَمْ تَسْـَٔلُهُمْ خَرْجًا فَخَرَاجُ رَبِّكَ خَيْرٌ ۖ وَهُوَ خَيْرُ ٱلرَّٰزِقِينَ

    ʹAm tasʹaluhum kharjañ fakharaaju Rabbika khayr: wa-Huwa Khayrur raaziq̣een.

    (އޭ رسول ﷲ އެވެ!) ނުވަތަ ކަލޭގެފާނު އެމީހުންގެ ކިބައިން އުޖޫރައަކަށް ނުވަތަ ޓެކްހަކަށް އެދިވަޑައިގަންނަވަނީތޯއެވެ. ފަހެ ކަލޭގެފާނުންގެ ربّ ގެ އުޖޫރަ މާހެޔޮވެގެންވެއެވެ. އަދި އެކަލާނގެއީ އެންމެހެޔޮގޮތުގައި ރިޒުގުދެއްވާ ކަލާނގެއެވެ.

  74. 23:73

    وَإِنَّكَ لَتَدْعُوهُمْ إِلَىٰ صِرَٰطٍ مُّسْتَقِيمٍ

    Wa-ʹinnaka latadʻoohum ʹilaa Ṣiraaṭim Mustaq̣eem.

    ހަމަކަށަވަރުން ކަލޭގެފާނު އެމީހުންނަށް ގޮވައިލައްވަނީ ސީދާވެގެންވާ މަގަށެވެ.

  75. 23:74

    وَإِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ عَنِ ٱلصِّرَٰطِ لَنَـٰكِبُونَ

    Waʹinnal laẓeena laa- yuʹminoona bil-ʹAakhirati ʻaniṣ Ṣiraaṭi lanaakiboon.

    އަދި ހަމަކަށަވަރުން آخرة ދުވަހަށް އީމާންނުވާ މީހުން ސީދާމަގުން ނެއްޓި ކަތިމަގުން ދެއެވެ.

  76. 23:75

    ۞ وَلَوْ رَحِمْنَـٰهُمْ وَكَشَفْنَا مَا بِهِم مِّن ضُرٍّ لَّلَجُّوا۟ فِى طُغْيَـٰنِهِمْ يَعْمَهُونَ

    Wa-law raḥimnaahum wakashafnaa maa- bihim miñ ḍurril lalajjoo fee ṭug̣yaanihim yaʻmahoon.

    އަދި ތިމަންރަސްކަލާނގެ އެމީހުންނަށް رحمة ލައްވައި އަދި އެމީހުންނަށް ޖެހިފައިވާ އުނދަގޫ (يعني: فقير ކަމާއި ތަދުމަޑުކަން) ތިމަންރަސްކަލާނގެ ފިއްލަވައިފިނަމަ ހަމަކަށަވަރުން އެމީހުންގެ ނުކިޔަމަންތެރިކަމާއި ނުބައިކަމުގައި ދެފުށުއެޅިއެޅި ދެމިތިބޭހުއްޓެވެ.

  77. 23:76

    وَلَقَدْ أَخَذْنَـٰهُم بِٱلْعَذَابِ فَمَا ٱسْتَكَانُوا۟ لِرَبِّهِمْ وَمَا يَتَضَرَّعُونَ

    Wa-laq̣ad ʹakhaẓnaahum̃ bilʻAẓaabi famas takaanoo li-Rabbihim wa-maa yataḍarraʻoon,

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުން يعني: އެ مشرك ންނަށް އެކިބާވަތުގެ ބަލާ މުސީބަތް ޖައްސަވައިގެންއެމީހުން إمْتِحَانُ ކުރެއްވީމެވެ (އެއީ އެމީހުން ދިރިއުޅުން ދަތިކުރެއްވުމާއި ރަށަށް ތަދުމަޑުކަން ޖެއްސެވުމާއި އަދި ހައްޔަރުވާމީހުން قتل ވުމާ މިބާވަތުގެ ކަންކަމުންނެވެ.) ފަހެ އެމީހުން އެމީހުންގެ ربّ އަށް ކިޔަމަންތެރިވެ އެފަރާތަށް ދެރަނުވިއެވެ. ގޮތްދޫނުކުރިއެވެ.

  78. 23:77

    حَتَّىٰٓ إِذَا فَتَحْنَا عَلَيْهِم بَابًا ذَا عَذَابٍ شَدِيدٍ إِذَا هُمْ فِيهِ مُبْلِسُونَ

    Ḥattaaa ʹiẓaa fataḥnaa ʻalayhim baabañ ẓaa ʻaẓaabiñ shadeedin ʹiẓaa hum feehi mublisoon!

    ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް ގަދަ عذاب ގެދޮރެއް ހުޅުވައިދެއްވައިފުމަށް ދާންދެންނެވެ. (އެބަހީ: އެމީހުން އެގޮތުގެމަތީގައި ނުކިޔަމަންތެރިކަމުގައި ތިބީއެވެ.) ދެން އެ عذاب އެމީހުންނަށް ފެނުމުން އެހައިރުން އެމީހުން ހިތާމަކޮށް ދެރަވިއެވެ. (އެކަމަކު ދެން އެހިތާމައިގެ ފައިދާއެއް ނެތެވެ. މިއާޔަތުގައިމިވާ ގަދަ عذاب އަކީ مكّة ގެ مشرك ންނަށް ދިމާވި ބަނޑުހައިހޫނު ކަން ކަމުގައި ބުނެވުނެވެ. / ނުވަތަ އެއީ بَدْرُ ހަނގުރާމަކަމުގައި ބުނެވުނެވެ. والله أعلم)

  79. 23:78

    وَهُوَ ٱلَّذِىٓ أَنشَأَ لَكُمُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَٱلْأَفْـِٔدَةَ ۚ قَلِيلًا مَّا تَشْكُرُونَ

    Wa-Huwal laẓeee ʹañshaʹa lakumus samʻa wal-ʹabṣaara wal-ʹafʹidah: q̣aleelam maa tashkuroon!

    އަދި ކަލޭމެންނަށް އިވުމާއި ފެނުމާއި ވިސްނުމާއި (ނުވަތަ ކަންފަތާއި ލޮލާއި ހިތް) ލެއްވީ ހަމަ އެކަލާނގެއެވެ. ކަލޭމެން (އެބާވަތުގެ نعمة އަށް) شكر ކުރަނީ ހާދަހާވެސް މަދުންނެވެ.

  80. 23:79

    وَهُوَ ٱلَّذِى ذَرَأَكُمْ فِى ٱلْأَرْضِ وَإِلَيْهِ تُحْشَرُونَ

    Wa-Huwal laẓee ẓaraʹakum fil ʹarḍi wa-ʹilayhi tuḥsharoon.

    އަދި ކަލޭމެން ބިމުން ހެއްދެވީ (އެބަހީ: ބިމުން ހައްދަވައި އަދި ބިމުގައިލެއްވީ) ހަމަ އެކަލާނގެއެވެ. އަދި ކަލޭމެން އެއްކުރައްވާ محشر ކުރައްވާނީ ހަމަ އެކަލާނގެ حضرة އަށެވެ.

  81. 23:80

    وَهُوَ ٱلَّذِى يُحْىِۦ وَيُمِيتُ وَلَهُ ٱخْتِلَـٰفُ ٱلَّيْلِ وَٱلنَّهَارِ ۚ أَفَلَا تَعْقِلُونَ

    Wa-Huwal laẓee yuḥyee wa-yumeetu wa-lahukh tilaaful layli wannahaar: ʹafalaa taʻq̣iloon?

    އަދި ތަކެތި ދިރުއްވައި މަރުއްވައި އަދި ރޭދުވާ ތަފާތުކުރެއްވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ. ކަލޭމެން އެފަދަ ކަންކަމަށް ވިސްނައި فكر ކޮށް ނުހަދަނީ ކީއްވެގެންހެއްޔެވެ؟ ނުވަތަ فكر ކޮށް ނުހަދާނޭހެއްޔެވެ؟

  82. 23:81

    بَلْ قَالُوا۟ مِثْلَ مَا قَالَ ٱلْأَوَّلُونَ

    Bal q̣aaloo mis̤la maa- q̣aalal ʹAwwaloon.

    އަދި ކިއެއްހެއްޔެވެ؟ އެމީހުން ބުނީ ހަމަ ކުރީގެ މީހުންވެސް ބުނިގޮތަށެވެ.

  83. 23:82

    قَالُوٓا۟ أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَـٰمًا أَءِنَّا لَمَبْعُوثُونَ

    Q̣aalooo ʹa-ʹiẓaa mitnaa wa-kunnaa turaabañw waʻiz̤̣aaman ʹa-ʹinnaa lamabʻoos̤oon?

    އެމީހުން ބުނީ އަހުރެމެން މަރުވެ ވެއްޔަށްވެ ކަށިތައް ފީވެ ދިއުމަށްފަހު އަލުންވެސް އަހުރެމެން ދިރިގެން محشر އަށް ފޮނުވޭނޭހެއްޔެވެ؟ (އެބަހީ: ދެން ނުފޮނުއްވޭނެއެވެ.)

  84. 23:83

    لَقَدْ وُعِدْنَا نَحْنُ وَءَابَآؤُنَا هَـٰذَا مِن قَبْلُ إِنْ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ

    Laq̣ad wuʻidnaa naḥnu wa-ʹaabaaaʹunaa haaẓaa miñ q̣ablu ʹin haaẓa illaaa ʹasaaṭeerul ʹawwaleen!

    ހަމަކަށަވަރުން އަހުރެމެންނަށާ އަހުރެމެންގެ ކާބަފައިންނަށްވެސް މީގެކުރިން މި وعد ކުރެވުނެވެ. އެއީ ހަމަ އިސްވެދިޔަމީހުން ދައްކާފައިވާ ދޮގުވާހަކަތައްކަމުގައި މެނުވީ ނުވެއެވެ. އެމީހުންގެ باطل ވާހަކަތަކެވެ.

  85. 23:84

    قُل لِّمَنِ ٱلْأَرْضُ وَمَن فِيهَآ إِن كُنتُمْ تَعْلَمُونَ

    Q̣ul limanil ʹarḍu wa-mañ feehaaa ʹiñ kuñtum taʻlamoon?

    (އޭ رسول ﷲ އެވެ!) ބިމާއި އަދި ބިމުގައިވާހާ ބަޔަކު މިލްކުވެގެންވަނީ ކާކަށްތޯ ކަލޭގެފާނު އެމީހުންކުރެން އައްސަވައިބައްލަވާށެވެ؟ ކަލޭމެންނަށް އެއީ ކާކުކަން އެނގޭކަމުގައި ވަންޏާ ނިކަން ބުނެދީބަލާށެވެ.

  86. 23:85

    سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَذَكَّرُونَ

    Sayaq̣ooloona lillaah! Q̣ul ʹafalaa taẓakkaroon?

    (އޭގެ ޖަވާބުގައި) ނިކަންހުރެ އެމީހުން ބުނާނެއެވެ. އެތަކެތި މިލްކުވެގެންވަނީ ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންވީއިރު ކަލޭމެން وعظ އާއި عبرة ލިބިނުގަންނާނޭ ހެއްޔެވެ؟ (އެހެންވީއިރު މަރުވެފައިވާތަކެތި ދިރުއްވައި އެއްކުރެއްވުން އެކަލާނގެއަށް ދަތިނުވާނެކަން ދެނެގަތުން ހުއްޓެވެ.)

  87. 23:86

    قُلْ مَن رَّبُّ ٱلسَّمَـٰوَٰتِ ٱلسَّبْعِ وَرَبُّ ٱلْعَرْشِ ٱلْعَظِيمِ

    Q̣ul mar Rabbus samaawaatis sabʻi wa-Rabbul ʻArshil ʻAz̤̣eem?

    ކަލޭގެފާނު އެމީހުންކުރެން އައްސަވާބައްލަވާށެވެ! އުޑުތަކާއި އަދި ބޮޑުވެގެންވާ عَرْشِى ގެ رَبّ އަކީ ކާކުތޯއެވެ؟

  88. 23:87

    سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَتَّقُونَ

    Sayaq̣ooloona lillaah. Q̣ul ʹafalaa tattaq̣oon?

    ނިކަންހުރެ އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންވިއްޔާ އަޅެފަހެ ކަލޭމެން ބިރުވެތިނުވާނޭހެއްޔެވެ؟

  89. 23:88

    قُلْ مَنۢ بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ

    Q̣ul mam biyadihee Malakootu kulli shayʹiñw wa-Huwa yujeeru wa-laa yujaaru ʻalayhi ʹiñ kuñtum taʻlamoon?

    އަދި ހުރިހާއެއްޗެއްގެ خَزَانة ތައް خاصّ ވެގެންވަނީ ކާކަށްތޯ ކާކެއްގެ އަތެއްގައިތޯ ކަލޭގެފާނު އެމީހުންކުރެން އައްސަވައި ބައްލަވާށެވެ؟ އަދި އެކަލާނގެ އަމާންކަން ދެއްވައެވެ. ނުވަތަ އެކަލާނގެ މަނާކުރައްވައެވެ. އަދި އެކަލާނގެއާއި خلاف އަށް އަމާންކަން ނުދެއްވެއެވެ. އަދި އެކަލާނގެއަށް އެއްވެސް ކަމެއް މަނާނުވެވޭކަލަކީ ކޮބައިހެއްޔެވެ؟ އެއީ ކާކުހެއްޔެވެ؟ ކަލޭމެންނަށް އެނގެންޏާ (ނިކަން ބުނެބަލާށެވެ!)

  90. 23:89

    سَيَقُولُونَ لِلَّهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ

    Sayaq̣ooloona lillaah. Q̣ul faʹannaa tus-ḥaroon?

    އޭގެ ޖަވާބުގައި ނިކަންހުރެ އެމީހުން ބުނާނެއެވެ. އެހުރިހާކަމެއް خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެހެންވިއްޔާ އެކަލާނގެއަށް އަޅުކަން ނުކޮށް އެކަލާނގެ ފިޔަވައި ކަލޭމެންދާނީ ކޮންތާކަށްހެއްޔެވެ؟ (ކަލޭމެނަށް ތިޔަތިބީ ކީއްވެފައިހެއްޔެވެ؟)

  91. 23:90

    بَلْ أَتَيْنَـٰهُم بِٱلْحَقِّ وَإِنَّهُمْ لَكَـٰذِبُونَ

    Bal ʹataynaahum̃ bil-Ḥaq̣q̣i wa-ʹinnahum lakaaẓiboon!

    އަދި ކިއެއްހެއްޔެވެ؟ އެމީހުންނަށް ތިމަންރަސްކަލާނގެ حقّ ގެނަސްދީފީމެވެ. حقّ އިސްލާމްދީން ގެނަސްދީފީމެވެ. އަދި ހަމަކަށަވަރުން އެމީހުންނަކީ ކަނޑައެޅިގެން ދޮގުވެރިންނެވެ.

  92. 23:91

    مَا ٱتَّخَذَ ٱللَّهُ مِن وَلَدٍ وَمَا كَانَ مَعَهُۥ مِنْ إِلَـٰهٍ ۚ إِذًا لَّذَهَبَ كُلُّ إِلَـٰهٍۭ بِمَا خَلَقَ وَلَعَلَا بَعْضُهُمْ عَلَىٰ بَعْضٍ ۚ سُبْحَـٰنَ ٱللَّهِ عَمَّا يَصِفُونَ

    Mat takhaẓal laahu miñw waladiñw wamaa kaana maʻahoo min ʹilaahin ʹiẓal laẓahaba kullu ʹilaahim bimaa khalaq̣a wa-laʻalaa baʻḍuhum ʻalaa baʻḍ! Subḥaanal laahi ʻammaa yaṣifoon!

    ﷲ އަކަށް އެއްވެސް ދަރިކަލަކު ނުވެއެވެ. (އެއީ އެކަށީގެންވާކަމެއްނޫނެވެ.) އަދި އެކަލާނގެއާއިއެކު އެއްވެސް އެހެން إله އަކުވެސް ނުވެއެވެ. އެހެންވެއްޖެއްޔާއި އެބަހީ: އެކަލާނގެއާއެކު އެހެން إله އަކު ވާނަމަ ނުވަތަ إله ންތަކެއްވާނަމަ ކޮންމެ إله އަކުވެސް އެ إله އަކު ހެއްދެވިއެއްޗެއް ހިފައިގެން ހިނގައްޖައީހެވެ. އަދި ބައެއް إله ން އަނެއްބައި إله ންގެމައްޗަށް މަތިވެ ބޮޑާވެގެންފީހެވެ. އަދި އެމީހުން އެސިފަކުރާ ކަންތައްތަކުން ﷲ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. (އެކަލާނގެއަށް އެއްވެސް شريك އަކު ނުވެއެވެ.)

  93. 23:92

    عَـٰلِمِ ٱلْغَيْبِ وَٱلشَّهَـٰدَةِ فَتَعَـٰلَىٰ عَمَّا يُشْرِكُونَ

    ʻAalimil g̣aybi washshahaadati fataʻaalaa ʻammaa yushrikoon!

    އެކަލާނގެއީ غيب ގައިވާ ކަންތަކާއި އަދި ފައުޅުވެގެންވާ ކަންތައްވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. ފަހެ އެމީހުން يعني: مشرك ން އެ شريك ކުރާ ތަކެތި ފިޔަވައި އެކަލާނގެ މާމަތިވެރިވޮޑިގެންވެއެވެ.

  94. 23:93

    قُل رَّبِّ إِمَّا تُرِيَنِّى مَا يُوعَدُونَ

    Q̣ur Rabbi ʹimmaa turiyannee maa- yooʻadoon,

    ،(94) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އޭއަޅުގެ ربّ އެވެ! އެމީހުންނަށް - އެބަހީ: مشرك ންނަށް وعد ވެވިގެންވާ عذاب އިބަރަސްކަލާނގެ މިއަޅާއަށް ދައްކަވަންޏާއި، އޭ އަޅުގެ ربّ އެވެ. ފަހެ މިއަޅާ އަނިޔާވެރިވީ މީސްތަކުންގެތެރެއިން يعني: مشرك ންގެތެރެއިން ނުލައްވާންދޭވެ! (އެމީހުންނާއި އެކު ހަލާކު ނުކުރައްވާންދޭވެ!)

  95. 23:94

    رَبِّ فَلَا تَجْعَلْنِى فِى ٱلْقَوْمِ ٱلظَّـٰلِمِينَ

    Rabbi falaa tajʻalnee fil q̣awmiz̤̣ z̤̣aalimeen!

    ،(94) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އޭއަޅުގެ ربّ އެވެ! އެމީހުންނަށް - އެބަހީ: مشرك ންނަށް وعد ވެވިގެންވާ عذاب އިބަރަސްކަލާނގެ މިއަޅާއަށް ދައްކަވަންޏާއި، އޭ އަޅުގެ ربّ އެވެ. ފަހެ މިއަޅާ އަނިޔާވެރިވީ މީސްތަކުންގެތެރެއިން يعني: مشرك ންގެތެރެއިން ނުލައްވާންދޭވެ! (އެމީހުންނާއި އެކު ހަލާކު ނުކުރައްވާންދޭވެ!)

  96. 23:95

    وَإِنَّا عَلَىٰٓ أَن نُّرِيَكَ مَا نَعِدُهُمْ لَقَـٰدِرُونَ

    Wa-ʹinnaa ʻalaaa ʹan nuriyaka maa- naʻiduhum la-Q̣aadiroon.

    (ﷲ وحي ކުރެއްވިއެވެ.) އެމީހުނަށް ތިމަންރަސްކަލާނގެ وَعْدُ ކުރައްވާ ކަންތައް - އެބަހީ: عذاب ކަލޭގެފާނަށް ތިމަންރަސްކަލާނގެ ދެއްކެވުމަށް ތިމަންރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވާކަން ކަށަވަރެވެ. (އަދި ކަލޭގެފާނަށް އޭގެ އަސަރުވެސް ނުވާނެއެވެ.)

  97. 23:96

    ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ ٱلسَّيِّئَةَ ۚ نَحْنُ أَعْلَمُ بِمَا يَصِفُونَ

    ʹIdfaʻ billatee hiya ʹaḥsanus sayyiʹah: Naḥnu ʹaʻlamu bimaa yaṣifoon.

    ރަނގަޅު أخلاق އާއި ހެޔޮ عمل ން ނުބައިކަންތައް دفاع ކުރައްވާށެވެ! (އެބަހީ: مشرك ންގެ އުނދަގޫތަކަށް ކެތްތެރިވެވަޑައިގެން މާތް أخلاق ން عمل ފުޅު ކުރައްވާށެވެ!) އެމީހުން (ﷲ އާއިމެދު) އެސިފަކުރާ ކުރުންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ.

  98. 23:97

    وَقُل رَّبِّ أَعُوذُ بِكَ مِنْ هَمَزَٰتِ ٱلشَّيَـٰطِينِ

    Wa-q̣ur Rabbi ʹaʻooẓu bika min hamazaatish shayaaṭeen.

    އަދި ކަލޭގެފާނު ވިދާޅުވާށެވެ! އޭއަޅުގެ ربّ އެވެ! ސައިތާނުންގެ ވަސްވާހުގެ ސިއްރު ބަސްތަކުން / އެސޮރުގެ ދަންޖެއްސުންތަކުން ރައްކާތެރިވެ ސަލާމަތްވުމަށް އިބަރަސްކަލާނގެ حضرة ން حماية އާއި ރައްކާތެރި ލިބިގަންނަމެވެ.

  99. 23:98

    وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ

    Wa-ʹaʻooẓu bika Rabbi ʹañy yaḥḍuroon.

    އަދި (މިއަޅާގެ އެކިއެކި ކަންކަމުގައި) އެސޮރުމެން މިއަޅާގެ ކައިރިޔަށް އައިސް حاضر ވުމުންވެސް ރައްކާތެރިކަމާއި حماية އެދެނީ އިބަރަސްކަލާނގެ حضرة ންނެވެ.

  100. 23:99

    حَتَّىٰٓ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ

    Ḥattaaa ʹiẓaa jaaaʹa ʹaḥadahumul mawtu q̣aala Rabbir jiʻoon,

    (އެކަލާނގެ وَحِيކުރެއްވިއެވެ.) ކަލޭމެންކުރެ މީހަކު މަރަށް حاضر ވެއްޖެއްޔާ އޭނާ ބުނާނެއެވެ. އޭއަޅުގެ ربّ އެވެ. މިއަޅާ ދުނިޔެއަށް އަނބުރާ رجوع ކޮށްދެއްވާނދޭވެ! ފޮނުއްވާންދޭވެ! (މިއީ مشرك ންގެމީހުން މަރަށް حاضر ވާހިނދު ބުނާނެ ވާހަކައެއްކަމުގައިވެއެވެ.) އަދި އޭނާ ބުނާނެއެވެ.

  101. 23:100

    لَعَلِّىٓ أَعْمَلُ صَـٰلِحًا فِيمَا تَرَكْتُ ۚ كَلَّآ ۚ إِنَّهَا كَلِمَةٌ هُوَ قَآئِلُهَا ۖ وَمِن وَرَآئِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ

    Laʻalleee ʹaʻmalu ṣaaliḥañ feemaa taraktu kallaa! ʹInnahaa kalimatun huwa q̣aaaʹiluhaa. Wa-miñw waraaaʹihim Barzakhun ʹilaa Yawmi yubʻas̤oon.

    އެއީ (ދުނިޔޭގައި މިއަޅާ ހެޔޮ عمل ނުކޮށް) ދޫކުރިތަނަށް އޭގެ ބަދަލުގައި صالح عمل ކުރުމަށްޓަކައެވެ. (އޭގެ ޖަވާބުގައި ﷲ وحي ކުރެއްވިއެވެ.) އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. އެއީ ހަމަކަށަވަރުން އޭނާ ބުނާ (ހަމަ ހުސް) ބަހެކެވެ. އެފަދަމީހުންނަށް ދެން އޮތީ އޭގެފަހުގައި بَرْزَخُ އެވެ. ހުރަހެވެ. އެއީ ކަށްވަޅުގެ ވަގުތެވެ. އެއީ ދުނިޔޭގެ حياة އާއި آخرة އާއި ދެމެދު އޮތް ހުރަހެވެ. އެއީ محشر އަށް ފޮނުވޭ ދުވަހަށް ދާންދެނެވެ.

  102. 23:101

    فَإِذَا نُفِخَ فِى ٱلصُّورِ فَلَآ أَنسَابَ بَيْنَهُمْ يَوْمَئِذٍ وَلَا يَتَسَآءَلُونَ

    Faʹiẓaa nufikha fiṣ Ṣoori falaaa ʹañsaaba baynahum Yawmaʹiẓiñw Walaa yatasaaaʹaloon!

    ދެންފަހެ ތާޅަފިލި ފުމެލެވިއްޖެއްޔާ (قِيَامَة ވީއެވެ.) ދެން އެދުވަހުން އެމީހުންގެ މެދުގައި ނަސަބުގެ ގާތްކަމުގެ އެއްވެސް އެހީއެއް ނުވާނެއެވެ. އަދި އެކަކު އަނެކަކާއި ސުވާލުވެސް ނުކޮށްލާނެއެވެ. (އެއަށްވުރެ ބިރުވެތިވެފައި ކަންބޮޑުވުން ބޮޑުވާނެއެވެ.)

  103. 23:102

    فَمَن ثَقُلَتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ

    Famañ s̤aq̣ulat mawaazeenuhoo faʹulaaaʹika humul Mufliḥoon:

    ފަހެ އެމީހެއްގެ (ހެޔޮކަމުގެ) ވަޒަން ބަރުވެއްޖެމީހާ ދަންނައެވެ. ފަހެ އެމީހުން އެއީ ކާމިޔާބު ކުރާނޭ މީހުންނެވެ. آخرة ގެ ނަސީބުވެރިންނެވެ.

  104. 23:103

    وَمَنْ خَفَّتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فِى جَهَنَّمَ خَـٰلِدُونَ

    Wa-man khaffat mawaazeenuhoo faʹulaaaʹikal laẓeena khasirooo ʹañfusahum fee Jahannama khaalidoon.

    އަދި އެމީހެއްގެ (ހެޔޮކަމުގެ) ވަޒަން ލުއިވެއްޖެމީހާ ދަންނައެވެ. ފަހެ އެފަދަމީހުންނަކީ އެމީހުންގެ نفس ތަކަށް ގެއްލުމާއި ހަލާކުދިން މީހުންނެވެ. އެމީހުން ދެމިތިބޭނީ ހަމަ ނަރަކައިގައެވެ.

  105. 23:104

    تَلْفَحُ وُجُوهَهُمُ ٱلنَّارُ وَهُمْ فِيهَا كَـٰلِحُونَ

    Talfaḥu wujoohahumun Naaru wa-hum feehaa kaaliḥoon.

    އެމީހުންގެ މޫނުތައް މުޅިން ފިހި އަނދާހުއްޓެވެ. އަދި އެމީހުން އެނަރަކައިގައި މޫނުގެ ސިފަ ހުތުރުވެގެންވެއެވެ. (އެއީ މަތީ ތުންފަތްމައްޗަށް އަރައިގެންގޮސް ބޮލުގެ މެދާ ހަމައަށް ފޯރާނެއެވެ. އަދި ތިރީ ތުންފަތް ތިރިއަށް ދިގުވެގެންގޮސް ފޫޅުގައި ކޭތޭ ހިސާބަށް ދާނެއެވެ. އަނގައިގެ ދަތްތައް މުޅިން ހާމަވެ ސިފަހުތުރުވެގެންވެއެވެ. (އޭ މަތިވެރި ﷲ އެވެ. އަޅަމެން ނަރަކައިން ސަލާމަތްކުރައްވާންދޭވެ. آمين)

  106. 23:105

    أَلَمْ تَكُنْ ءَايَـٰتِى تُتْلَىٰ عَلَيْكُمْ فَكُنتُم بِهَا تُكَذِّبُونَ

    ʹAlam takun ʹAayaatee tutlaa ʻalaykum fakuñtum̃ bihaa tukaẓẓiboon?

    (އެމީހުންނަށް އެންގެވޭނެއެވެ.) ތިމަންރަސްކަލާނގެ އާޔަތްތައް (قرآن ގެ އާޔަތްތައް ކަލޭމެން ދުނިޔޭގައި އުޅުނުއިރު) ކަލޭމެންގެމައްޗަށް ކިޔެވޭ ކަމުގައި ނުވޭހެއްޔެވެ؟ (އެބަހީ: އެއާޔަތްތައް ކަލޭމެނަށް ކިޔަވައިދެވުނެވެ. (ފަހެކަލޭމެން ވީ އެއާޔަތްތައް ދޮގުކުރާ ބަޔަކު ކަމުގައެވެ.

  107. 23:106

    قَالُوا۟ رَبَّنَا غَلَبَتْ عَلَيْنَا شِقْوَتُنَا وَكُنَّا قَوْمًا ضَآلِّينَ

    Q̣aaloo Rabbanaa g̣alabat ʻalaynaa shiq̣watunaa wa-kunnaa q̣awmañ ḍaaalleen!

    އެމީހުން ދަންނަވާނެއެވެ. އޭ އަޅަމެންގެ ربّ އެވެ! އަޅަމެންގެ މައްޗަށް އަޅަމެންގެ އަބާއްޖަވެރިކަން ގަދަވެގަތީއެވެ. އަދި އަޅަމެންވީ މަގުފުރެދިގެންވާ ބަޔަކުކަމުގައެވެ.

  108. 23:107

    رَبَّنَآ أَخْرِجْنَا مِنْهَا فَإِنْ عُدْنَا فَإِنَّا ظَـٰلِمُونَ

    Rabbanaaa ʹakhrijnaa minhaa faʹin ʻudnaa faʹinnaa z̤̣aalimoon!

    އޭ އަޅަމެންގެ ربّ އެވެ! އަޅަމެން މިނަރަކައިން ނެރެދެއްވާންދޭވެ! އަޅަމެން ކާފަރުކަމަށް އަނބުރާ إعاد ވީނަމަވެސްމެއެވެ. ހަމަކަށަވަރުން އަޅަމެންނަކީ އަނިޔާވެރިންނެވެ.

  109. 23:108

    قَالَ ٱخْسَـُٔوا۟ فِيهَا وَلَا تُكَلِّمُونِ

    Q̣aalakh saʹoo feehaa wa-laa tukallimoon!

    (އޭގެ ޖަވާބުގައި) ﷲ وحي ކުރައްވާހުއްޓެވެ. ދެރަނިކަމެތިކަމާއެކު ކަލޭމެން އެނަރަކައިގައި ތިބޭށެވެ. އަދި ކަލޭމެން ތިމަންރަސްކަލާނގެއަށް ބަސް ނުދަންނަވާށެވެ.

  110. 23:109

    إِنَّهُۥ كَانَ فَرِيقٌ مِّنْ عِبَادِى يَقُولُونَ رَبَّنَآ ءَامَنَّا فَٱغْفِرْ لَنَا وَٱرْحَمْنَا وَأَنتَ خَيْرُ ٱلرَّٰحِمِينَ

    ʹInnahoo kaana fareeq̣um min ʻibaadee yaq̣ooloona ˹Rabbanaaa ʹaamannaa fag̣fir lanaa warḥamnaa wa-ʹAñta Khayrur raaḥimeen˺!

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ އަޅުތަކުންކުރެ جماعة އެއްގެ ބައެއްވެއެވެ. އެމީހުން ދަންނަވައެވެ. (އެއީ ދުނިޔޭގައި އުޅުނުއިރު އެމީހުންކުރި دعاء އެވެ.) އޭއަޅަމެންގެ ربّ އެވެ. އަޅަމެން إيمان ވެއްޖައީމެވެ. ތެދުކޮށްފީމެވެ. ފަހެ އަޅަމެނަށް ފާފަފުއްސަވާންދޭވެ. އަދި އަޅަމެންނަށް رحمة ލައްވާންދޭވެ. އިބަރަސްކަލާނގެއީ رحمة ލެއްވުން އެންމެ ހެޔޮވެގެންވާ ކަލާނގެއެވެ.

  111. 23:110

    فَٱتَّخَذْتُمُوهُمْ سِخْرِيًّا حَتَّىٰٓ أَنسَوْكُمْ ذِكْرِى وَكُنتُم مِّنْهُمْ تَضْحَكُونَ

    Fattakhaẓtumoohum sikhriyyan ḥattaaa ʹañsawkum Ẓikree wa-kuñtum minhum taḍḥakoon!

    (ﷲ އަންގަވާނެއެވެ.) ކަލޭމެން مشرك ން އެމީހުންނަށް يعني: ތިމަންރަސްކަލާނގެ مؤمن އަޅުންނަށް މަލާމާތްކޮށް ފުރައްސާރަކޮށްހެދީއެވެ. އެއީ ތިމަންރަސްކަލާނގެ ذكر ން އެބަހީ: ތިމަންރަސްކަލާނގެ ހަނދާންކުރުން ކަލޭމެންނަށް ހަނދާންނެތިއްޖައުމަށްދާންދެނެވެ. އަދި ކަލޭމެންވީ އެމުއުމިނުންނަށް މަލާމާތްކޮށް ފުރައްސާރަކުރުމުގެ ގޮތުން ހީހަދާކަމުގައެވެ.

  112. 23:111

    إِنِّى جَزَيْتُهُمُ ٱلْيَوْمَ بِمَا صَبَرُوٓا۟ أَنَّهُمْ هُمُ ٱلْفَآئِزُونَ

    ʹInnee jazaytuhumul yawma bimaa ṣabarooo ʹannahum humul Faaaʹizoon.

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ މިއަދު އެމީހުންނަށް އެމީހުން ކެތްތެރިވީކަމުގެ ސަބަބުން ހެޔޮދަރުމައާއި ޖަޒާދެއްވީމެވެ. ހަމަކަށަވަރުން އެމީހުންނަކީ ކަނޑައެޅިގެން ނަސީބުވެރިންނެވެ.

  113. 23:112

    قَـٰلَ كَمْ لَبِثْتُمْ فِى ٱلْأَرْضِ عَدَدَ سِنِينَ

    Q̣aala kam labis̤tum fil ʹarḍi ʻadada sineen?

    (އެ مشرك ންނަށް) ﷲ އަންގަވާނެއެވެ. ކަލޭމެން ދުނިޔޭގެ حياة ގައި ބިންމަތީ ލަސްވެތިބީ ކިހާވަރަކަށް ހެއްޔެވެ؟ އަހަރުގެ عدد ގެގޮތުން ކިހާދުވަހަކުހެއްޔެވެ؟

  114. 23:113

    قَالُوا۟ لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ فَسْـَٔلِ ٱلْعَآدِّينَ

    Q̣aaloo labis̤naa yawman ʹaw baʻḍa yawmiñ fasʹalil ʻaaaddeen.

    އެމީހުން ދަންނަވާނެއެވެ. އަޅަމެން ލަސްވެތިބީ އެއްދުވަހުއެވެ. ނުވަތަ ދުވަހެއްގެ އެއްބައިގައެވެ. ފަހެ (އަހަރުތަކާއި ދުވަސްތައް) عدد ކޮށް ހިސާބުކުރައްވާ ބޭކަލުން ކުރެން އައްސަވާށެވެ!

  115. 23:114

    قَـٰلَ إِن لَّبِثْتُمْ إِلَّا قَلِيلًا ۖ لَّوْ أَنَّكُمْ كُنتُمْ تَعْلَمُونَ

    Q̣aala ʹil labis̤tum ʹillaa q̣aleelal law ʹannakum kuñtum taʻlamoon!

    އެކަލާނގެ وحي ކުރެއްވިއެވެ. ދާދި މަދުވަގުތުކޮޅަކު މެނުވީ ކަލޭމެން ލަސްވެނުތިބެއެވެ. އެގޮތް ކަލޭމެންނަށް އެނގޭނޭނަމައެވެ.

  116. 23:115

    أَفَحَسِبْتُمْ أَنَّمَا خَلَقْنَـٰكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ

    ʹAfaḥasibtum ʹannamaa khalaq̣naakum ʻabas̤añw Waʹannakum ʹilaynaa laa- turjaʻoon?

    އަޅެފަހެ ތިމަންރަސްކަލާނގެ ކަލޭމެން ހައްދަވާފައިވަނީ ބޭކާރުގޮތެއްގައި ހަމަ ކުޅިވަރަށް ކަމުގައި ކަލޭމެން ހީކުރީހެއްޔެވެ؟ އަދި ކަލޭމެން ތިމަންރަސްކަލާނގެ حضرة އަށް އެނބުރި رُجوع ނުވާނޭކަމުގައި ހީކުރަނީހެއްޔެވެ؟

  117. 23:116

    فَتَعَـٰلَى ٱللَّهُ ٱلْمَلِكُ ٱلْحَقُّ ۖ لَآ إِلَـٰهَ إِلَّا هُوَ رَبُّ ٱلْعَرْشِ ٱلْكَرِيمِ

    Fataʻaalal laahul Malikul Ḥaq̣q̣: Laaa ʹilaaha ʹillaa Hoo: Rabbul ʻArshil Kareem!

    (ފަހެ އެ مشرك ން) އެސިފަކުރާ ކަންތައްތައް ފިޔަވައި - شريك ން ފިޔަވައި - ﷲ تعالى މާމަތިވެރިވެވޮޑިގެންވެއެވެ. އެއީ ހުރިހާކަމެއްގެ ވެރި حقّ ވަންތަ ﷲ އެވެ. އެކަލާނގެ ފިޔަވައި (حقّ) إله އަކު ނުވެއެވެ. އެއީ މާތްވެގެންވާ عرش ގެ ވެރި ކަލާނގެއެވެ.

  118. 23:117

    وَمَن يَدْعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ لَا بُرْهَـٰنَ لَهُۥ بِهِۦ فَإِنَّمَا حِسَابُهُۥ عِندَ رَبِّهِۦٓ ۚ إِنَّهُۥ لَا يُفْلِحُ ٱلْكَـٰفِرُونَ

    Wa-mañy yadʻu maʻal laahi ʹilaahan ʹaakhara laa- burhaana lahoo bihee faʹinnamaa ḥisaabuhoo ʻiñda Rabbih! ʹInnahoo laa- yufliḥul Kaafiroon!

    އަދި ﷲ އާއިއެކު އެހެން إله އަކަށް ގޮވާ دعاء ކޮށްފިމީހާ (ދަންނައެވެ.) އޭނާޔަށް އެކަމުގައި އެއްވެސް حجّة އެއް دليل އެއް ނުވެއެވެ. ފަހެ ހަމަކަށަވަރުން އޭނާގެ ހިސާބު އޭނާ ހައްދަވާބޮޑުކުރައްވާ ربّ ގެ حضرة ގައި އޮންނަހުއްޓެވެ. (އެފަދަ މީހުންނަކީ ކާފަރުންނެވެ.) ހަމަކަށަވަރުން ކާފަރުންނަށް ކާމިޔާބުނުވާހުއްޓެވެ.

  119. 23:118

    وَقُل رَّبِّ ٱغْفِرْ وَٱرْحَمْ وَأَنتَ خَيْرُ ٱلرَّٰحِمِينَ

    Wa-q̣ur Rabbig̣ fir warḥam wa-ʹAñta Khayrur raaḥimeen!

    (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު ވިދާޅުވާށެވެ! އޭއަޅުގެ ربّ އެވެ! މިއަޅާއަށް ފުއްސަވާދޭވެ! އަދި މިއަޅާއަށް رحمة ލައްވާންދޭވެ! އަދި އިބަރަސްކަލާނގެއީ رحمة ލެއްވުން އެންމެހެޔޮވެގެންވާ ކަލާނގެއެވެ.

  120. Surah An-NurBegins here at 24:1

  121. 24:1

    سُورَةٌ أَنزَلْنَـٰهَا وَفَرَضْنَـٰهَا وَأَنزَلْنَا فِيهَآ ءَايَـٰتٍۭ بَيِّنَـٰتٍ لَّعَلَّكُمْ تَذَكَّرُونَ

    Sooratun ʹañzalnaahaa wa-faraḍnaahaa wa-ʹañzalnaa feehaaa ʹAayaatim Bayyinaatil laʻallakum taẓakkaroon.

    މިއީ ތިމަންރަސްކަލާނގެ ބާވައިލެއްވި ސޫރަތެކެވެ. އަދި އެސޫރަތް ތިމަންރަސްކަލާނގެ فرض ކުރެއްވީމެވެ. (އެބަހީ: އެސޫރަތުގައިވާ حكم ތައް ތިމަންރަސްކަލާނގެ فرض ކުރައްވައި بيان ކުރެއްވީމެވެ.) އަދި އެސޫރަތުގައި بيان ވެ ފައުޅުވެގެންވާ دليل ތައް ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ. އެއީ ތިޔަބައިމީހުން وعظ ލިބި نصيحة ލިބިގަތުމަށްޓަކައެވެ.

  122. 24:2

    ٱلزَّانِيَةُ وَٱلزَّانِى فَٱجْلِدُوا۟ كُلَّ وَٰحِدٍ مِّنْهُمَا مِا۟ئَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِى دِينِ ٱللَّهِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۖ وَلْيَشْهَدْ عَذَابَهُمَا طَآئِفَةٌ مِّنَ ٱلْمُؤْمِنِينَ

    ʹAzzaaniyatu wazzaanee fajlidoo kulla waaḥidim minhumaa miʹata jaldah; wa-laa taʹkhuẓkum̃ bihimaa raʹfatuñ fee Deenil laahi ʹiñ kuñtum tuʹminoona billaahi wal-Yawmil ʹAakhir: wal-yashhad ʻaẓaabahumaa ṭaaaʹifatum minal Muʹmineen.

    ޒިނޭކުރާ އަންހެންމީހާޔާ ޒިނޭކުރާ ފިރިހެންމީހާޔާ ދެމީހުންކުރެ ކޮންމެ މީހެއްގެ ގައިގައި ކަލޭމެން ސަތޭކަ އެތިފަހަރުން ހަންމުށިޖަހާށެވެ! (ސަތޭކަ އެތިފަހަރުން حدّ ޖަހާށެވެ!) އަދި ﷲ އަށް ކިޔަމަންތެރިވުމުގައި އެދެމީހުންނާއިމެދު ކަލޭމެން އޯގާވެރިވެ رَحْمُ ބަހައްޓައި ނުހަދާށެވެ! (އެބަހީ: އެދެމީހުންނަށް އޯގާވެރިވެ رحم ކޮށްގެން حدّ ނުޖަހައި ނުދޫކުރާށެވެ!) އެއީ ތިޔަބައިމީހުން ﷲ އަށާއި آخرة ދުވަހަށް إيمان ވާކަމުގައިވަންޏާއެވެ. އަދި އެދެމީހުންނަށް عذاب ދިނުމުގައި - (އެބަހީ: އެދެމީހުންގައި حَدُّ ޖަހާއިރު) مؤمن ންކުރެ جماعة އެއް حاضر ވާހުށިކަމެވެ!

  123. 24:3

    ٱلزَّانِى لَا يَنكِحُ إِلَّا زَانِيَةً أَوْ مُشْرِكَةً وَٱلزَّانِيَةُ لَا يَنكِحُهَآ إِلَّا زَانٍ أَوْ مُشْرِكٌ ۚ وَحُرِّمَ ذَٰلِكَ عَلَى ٱلْمُؤْمِنِينَ

    ʹAzzaanee laa- yañkiḥu ʹillaa zaaniyatan ʹaw mushrikah: wazzaaniyatu laa- yañkiḥuhaaa ʹillaa zaanin ʹaw mushrik: waḥurrima ẓaalika ʻalal Muʹmineen.

    ޒިނޭކުރާ ފިރިހެނާ ޒިނޭކުރާ އަންހެނަކާ މެނުވީ جماعވާކަށް ނުވަތަ ކާވެނިކުރާކަށް ނުރުހޭނެއެވެ. އަދި ޒިނޭކުރާ އަންހެނާ (ދަންނައެވެ.) އޭނާޔާ ޒިނޭކުރާ ފިރިހެނަކު މެނުވީ جماع ވާކަށް ނުވަތަ ކާވެނިކުރާކަށް ނުރުހޭނެއެވެ. އަދި مؤمن ންގެމައްޗަށް އެކަން حرام ވެގެންވެއެވެ. އެބަހީ: مؤمن ންގެމައްޗަށް ޒިނޭކުރުން حرام ވެގެންވެއެވެ. ނުވަތަ އެފަދަ މީހާއާއި جماع ވުން حرام ވެގެންވެއެވެ. (މިބަސްފުޅުގެ مَقْصَد އަކީ ޒިނޭކުރުމާއި މެދު ބިރުގެންނެވުމާއި މުއުމިނުން އެކަމުން ދުރުވުމަށް ބިރުގެންނެވުމެވެ.)

  124. 24:4

    وَٱلَّذِينَ يَرْمُونَ ٱلْمُحْصَنَـٰتِ ثُمَّ لَمْ يَأْتُوا۟ بِأَرْبَعَةِ شُهَدَآءَ فَٱجْلِدُوهُمْ ثَمَـٰنِينَ جَلْدَةً وَلَا تَقْبَلُوا۟ لَهُمْ شَهَـٰدَةً أَبَدًا ۚ وَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ

    Wallaẓeena yarmoonal muḥṣanaati s̤umma lam yaʹtoo biʹarbaʻati shuhadaaaʹa fajlidoohum s̤amaaneena jaldatañw walaa taq̣baloo lahum shahaadatan ʹabadaa: wa-ʹulaaaʹika humul faasiq̣oon;

    އަދި عِفّة ތެރި މިނިވަން مُسْلِم އަންހެނުންނަށް قَذْفُ ކުރާމީހުން (އެބަހީ: ޒިނޭގެ ތުހުމަތުކުރާ މީހުން) އެމީހުން އެކަމުގެމައްޗަށް ހަތަރުހެކިން ނުގެނައިނަމަ ފަހެ ކަލޭމެން އެމީހާގެ ގައިގައި އަށްޑިހަ އެތިފަހަރުން حدّ ޖަހާށެވެ! (އެއީ ދިވެހިންކިޔާ އަނގަ ޙައްދެވެ.) އަދި އެފަދަމީހުންގެ ކިބައިން ދުވަހަކުވެސް ކަލޭމެން ހެކިބަސް قبول ނުކުރާށެވެ! އަދި އެމީހުން އެއީ ކަނޑައެޅިގެން فَاسِقُ ންނެވެ. ﷲ ގެ ކިޔަމަނުން ނުކުމެގަތް ބައެކެވެ.

  125. 24:5

    إِلَّا ٱلَّذِينَ تَابُوا۟ مِنۢ بَعْدِ ذَٰلِكَ وَأَصْلَحُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ

    ʹIllal laẓeena taaboo mim baʻdi ẓaalika wa-ʹaṣlaḥoo; faʹinnal laaha G̣afoorur Raḥeem.

    އެއަށްފަހު (އެބަހީ: ޒިނޭގެ ތުހުމަތު ކުރުމަށްފަހު) توبة ވެ إصْلاَح ކުރިމީހުން މެނުވީއެވެ. އެބަހީ: އެފަދަ މީހުންވެސް توبة ވެ އެމީހުން فَاسِدُ ކުރި ކަންތައް إصلاح ކޮށްފިއްޔާ އެމީހުންގެ ހެކިބަސް قبول ކުރެވޭނެއެވެ. އަދި އެއީ فاسق ންކަމުގައި ނުބެލެވޭނެއެވެ. އަދި އެބައިމީހުންނަށް ﷲ توبة ލައްވައި ފާފަފުއްސެވުން أمّيد ކުރެވެއެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. (މިއީ قَذْفُ ކުރާމީހުންނާއި އެމީހުންގެ حدّ އެވެ. މި حكم ތަކުގައި إختلاف ތައްވެއެވެ.)

  126. 24:6

    وَٱلَّذِينَ يَرْمُونَ أَزْوَٰجَهُمْ وَلَمْ يَكُن لَّهُمْ شُهَدَآءُ إِلَّآ أَنفُسُهُمْ فَشَهَـٰدَةُ أَحَدِهِمْ أَرْبَعُ شَهَـٰدَٰتٍۭ بِٱللَّهِ ۙ إِنَّهُۥ لَمِنَ ٱلصَّـٰدِقِينَ

    Wallaẓeena yarmoona ʹazwaajahum wa-lam yakul lahum shuhadaaaʹu ʹillaaa ʹañfusuhum fashahaadatu ʹaḥadihim ʹarbaʻu shahaadaatim billaahi ʹinnahoo laminaṣ ṣaadiq̣een;

    އަދި ތިމާމެންގެ އަނބީންނަށް ޒިނޭގެ ތުހުމަތުކުރާމީހުން އެމީހުން އެކަމުގެމައްޗަށް އެމީހުންގެ نفس ތައްނޫން އެހެން ހެއްކެއް ނުވާނަމަ (އެބަހީ: އެހެން އެބުނާބުނުން ނޫން އެހެން ހެއްކެއް ނުވާނަމަ) ފަހެ އެދެމީހުންކުރެ އެކަކު (އެބަހީ: ފިރިމީހާ) އޭނާ އެބުނަނީ ތެދެއްކަމަށް ﷲ ގަންދީ ހަތަރު ހުވައިކުރާށެވެ.

  127. 24:7

    وَٱلْخَـٰمِسَةُ أَنَّ لَعْنَتَ ٱللَّهِ عَلَيْهِ إِن كَانَ مِنَ ٱلْكَـٰذِبِينَ

    Wal-khaamisatu ʹanna laʻnatal laahi ʻalayhi ʹiñ kaana minal kaaẓibeen.

    އަދި ފަސްވަނަފަހަރު އޭނާ އެބުނަނީ ދޮގެއްނަމަ ﷲ ގެ لَعْنَة ތިމާއަށް ލެއްވިޔަސް ހެޔޮކަމަށް ﷲ ގަންދީ ހުވައިކުރާށެވެ.

  128. 24:8

    وَيَدْرَؤُا۟ عَنْهَا ٱلْعَذَابَ أَن تَشْهَدَ أَرْبَعَ شَهَـٰدَٰتٍۭ بِٱللَّهِ ۙ إِنَّهُۥ لَمِنَ ٱلْكَـٰذِبِينَ

    Wa-yadraʹu ʻanhal ʻaẓaaba ʹañ tashhada ʹarbaʻa shahaadaatim billaahi ʹinnahoo laminal kaaẓibeen;

    އަދި އަންހެންމީހާގެ ކިބައިން (އެބަހީ: އަނބިމީހާގެ ކިބައިން) حَدُّ ދުރުކުރެވޭނީ - عذاب ދުރުކުރެވޭނީ - ހަމަކަށަވަރުން ފިރިމީހާ އެބުނަނީ ދޮގެއްކަމަށް / - އޭނާ ވަނީ ދޮގުވެރިންގެ ތެރެއިންކަމަށް ﷲ ގަންދީ ހަތަރުފަހަރު ހުވައިކުރުމުންނެވެ.

  129. 24:9

    وَٱلْخَـٰمِسَةَ أَنَّ غَضَبَ ٱللَّهِ عَلَيْهَآ إِن كَانَ مِنَ ٱلصَّـٰدِقِينَ

    Wal-khaamisata ʹanna g̣aḍabal laahi ʻalayhaaa ʹiñ kaana minaṣ ṣaadiq̣een.

    އަދި ފަސްވަނަފަހަރު - އެފިރިމީހާ އެއީ ތެދުވެރިންގެތެރެއިންވާ މީހަކުނަމަ - (އޭނާ އެބުނަނީ ތެދެއްނަމަ) - ތިމާގެމައްޗަށް ﷲ ގެ ކޯފާލެއްވިޔަސް ހެޔޮކަމަށް ﷲ ގަންދީ ހުވައިކުރުމެވެ.

  130. 24:10

    وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ وَأَنَّ ٱللَّهَ تَوَّابٌ حَكِيمٌ

    Wa-lawlaa faḍlul laahi ʻalaykum wa-raḥmatuhoo wa-ʹannal laaha Tawwaabun Hakeem.

    އަދި (އޭ މީސްތަކުންނޭވެ!) ތިޔަބައިމީހުންގެމައްޗަށް ﷲ ގެ فضل ވަންތަކަން ނުވާނަމަ އެކަލާނގެ އޯގާވަންތަކަން ނުވާނަމަ އަދި އެކަލާނގެ رحمة ނުވާނަމަ (ހަމަކުއްލިއަކަށްވެސް ތިޔަބައިމީހުންގެމައްޗަށް عذاب އައިއްސީހެވެ. ހަލާކު ފޮނުއްވައިފީހެވެ.) އަދި ހަމަކަށަވަރުން ﷲ އީ ގިނަގިނައިން توبة ލައްވާ حكمة ވަންތަ ކަލާނގެއެވެ. މިއީ لِعَان ކުރުމުގެނަމުން مشهور ވެގެންވާ حكم އެވެ.

  131. 24:11

    إِنَّ ٱلَّذِينَ جَآءُو بِٱلْإِفْكِ عُصْبَةٌ مِّنكُمْ ۚ لَا تَحْسَبُوهُ شَرًّا لَّكُم ۖ بَلْ هُوَ خَيْرٌ لَّكُمْ ۚ لِكُلِّ ٱمْرِئٍ مِّنْهُم مَّا ٱكْتَسَبَ مِنَ ٱلْإِثْمِ ۚ وَٱلَّذِى تَوَلَّىٰ كِبْرَهُۥ مِنْهُمْ لَهُۥ عَذَابٌ عَظِيمٌ

    ʹInnal laẓeena jaaaʹoo bilʹifki ʻuṣbatum miñkum: laa- taḥsaboohu sharral lakum: bal huwa khayrul lakum: likullim riʹim minhum mak tasaba minal ʹis̤m, wallaẓee tawallaa kibrahoo minhum lahoo ʻAẓaabun ʻaz̤̣eem.

    ހަމަކަށަވަރުން ރޯމަރު بُهْتَان ދޮގުވާހަކަ ދެއްކީ ކަލޭމެންކުރެ جماعة އެއްގެ ބައެކެވެ. އަދި އެކަމަކީ ކަލޭމެންނަށްވާ ނުބައެއްކަމަށް ކަލޭމެން ހީނުކުރާށެވެ. އަދިކިއެއްހެއްޔެވެ؟ އެއީ ކަލޭމެނަށްވާ ހެވެކެވެ. ކަލޭމެންކުރެ ކޮންމެ މީހަކަށްވެސް ފާފައިގެތެރެއިން އެމީހަކު حَاصِل ކުރި މިންވަރެއްވެއެވެ. އަދި އެމީހުންގެތެރެއިން އެކަމަށް ވެރިވެ އެވާހަކަ ނަގައިގަތް މީހާއަށް ބޮޑުވެގެންވާ عذاب ހުއްޓެވެ. • ދަންނައެވެ. އިސްވެދިޔަ އާޔަތާއި އަދި ފަހަތަށް މިއަންނަ ހަތަރުފަސް އާޔަތެއްގައި މިވަނީ عَائِشَة رضى ﷲ عنها އަށް قَذَفُ ކޮށް ނުބައި ތުހުމަތެއް އެޅުވި ނުބައި ވާހަކަޔާމެދު އައިސްފައިވާ ވާހަކަތަކެވެ. އެވާހަކަ مَشْهُورُ ވެގެންވަނީ إفْكُ ގެ ނަމުންނެވެ. يعني: " ބޮޑު ބުހުތާންދޮގު" މިނަމުންނެވެ. އެއީ ވަރަށް ދިގު ބަޔާނެކެވެ. އެވާހަކަ އުފެއްދިމީހަކީ مُنَافِقُ ންގެ رئيس ކަމުގައިވާ عبد ﷲ بن أُبَيُّ بن سَلُول ކަމުގައިވިއެވެ. އަދި އޭގެތެރެއަށް އޮޅުމަކުންނަމަވެސް ބައެއް مؤمن ން ވަންކަމުގައިވިއެވެ. އެންމެފަހުން عَائِشَة رضى ﷲ عنها އެކަމުން މުޅިން بَرِىءَ ވެވަޑައިގެންވާކަން ހަތްވަނަ އުޑުގެމަތިން ﷲ އެންގެވީއެވެ. އެވާހަކަ تفصيل ކޮށް تفسير ފޮތްތަކާއި حديث ފޮތްތަކުގައި بيان ވެގެންވެއެވެ. މިފޮތް އެއަށްވުރެކުރީއެވެ. ދެން އެޔާ ވިދިގެން مؤمن ންނަށް ﷲ تعالى وعظ އާއި نصيحة ދެއްވަނީއެވެ. އެކަލާނގެ وحي ކުރެއްވިއެވެ.

  132. 24:12

    لَّوْلَآ إِذْ سَمِعْتُمُوهُ ظَنَّ ٱلْمُؤْمِنُونَ وَٱلْمُؤْمِنَـٰتُ بِأَنفُسِهِمْ خَيْرًا وَقَالُوا۟ هَـٰذَآ إِفْكٌ مُّبِينٌ

    Law-laaa ʹiẓ samiʻtumoohu z̤̣annal Muʹminoona wal-Muʹminaatu biʹañfusihim khayrañw waq̣aaloo haaẓaaa ʹifkum mubeen?

    އެވާހަކަ ކަލޭމެން އެހިހިނދު مؤمن ފިރިހެނުންނާއި مؤمن އަންހެނުން އެމީހުންގެ އަމިއްލަ نفس ތަކަށް ހެޔޮގޮތަކަށް ހީނުކުރީ ކީއްވެގެންހެއްޔެވެ؟ ހެޔޮގޮތަކަށް ހީކުރިނަމައެވެ. އަދި މިވާހަކަ މިއީ بيان ވެގެންވާ ބޮޑު ބުހުތާން ދޮގެކޭ ބުނިނަމައެވެ. ނުވަތަ މިއީ ބޮޑުދޮގެކޭ ނުބުނީ ކީއްވެގެންހެއްޔެވެ؟

  133. 24:13

    لَّوْلَا جَآءُو عَلَيْهِ بِأَرْبَعَةِ شُهَدَآءَ ۚ فَإِذْ لَمْ يَأْتُوا۟ بِٱلشُّهَدَآءِ فَأُو۟لَـٰٓئِكَ عِندَ ٱللَّهِ هُمُ ٱلْكَـٰذِبُونَ

    Law-laa jaaaʹoo ʻalayhi biʹarbaʻati shuhadaaaʹ? Faʹiẓ lam yaʹtoo bishshuhadaaaʹi faʹulaaaʹika ʻiñdal laahi humul kaaẓiboon!

    އެމީހުން އެކަމުގެމައްޗަށް ހަތަރުހެކިން ނުގެނައީ ކީއްވެގެންހެއްޔެވެ؟ ހަތަރުހެކިން ގެނައިނަމައެވެ. ފަހެ އެމީހުން ހަތަރުހެކިން އެކަމާއިމެދު ނުގެނައިނަމަ ފަހެ ހަމަކަށަވަރުން އެމީހުން އެއީ ﷲ ގެ حضرة ގައި ކަނޑައެޅިގެން ދޮގުވެރިންނެވެ.

  134. 24:14

    وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ لَمَسَّكُمْ فِى مَآ أَفَضْتُمْ فِيهِ عَذَابٌ عَظِيمٌ

    Wa-lawlaa faḍlul laahi ʻalaykum wa-raḥmatuhoo fiddunyaa wal ʹAakhirati lamassakum fee maaa ʹafaḍtum feehi ʻaẓaabun ʹaz̤̣eem.

    ﷲ ގެ فضل ވަންތަވެރިކަމާއި އެކަލާނގެ رحمة ދުނިޔޭގައިވެސް އަދި آخرة ގައިވެސް ކަލޭމެންގެމައްޗަށް ނުވިނަމަ ހަމަކަށަވަރުންވެސް އެކަމެއްގެ ތެރެއަށް ކަލޭމެން ތިޔަވަންކަންތަކުގެ ސަބަބުން ކަލޭމެންނަށް ބޮޑުވެގެންވާ عذاب އެއް އަތުވެއްޖައީހެވެ. عذاب ނުއައީ ހަމަ ﷲ ގެ فضل ވަންތަކަމާއި رحمة ގެ ސަބަބުންނެވެ.

  135. 24:15

    إِذْ تَلَقَّوْنَهُۥ بِأَلْسِنَتِكُمْ وَتَقُولُونَ بِأَفْوَاهِكُم مَّا لَيْسَ لَكُم بِهِۦ عِلْمٌ وَتَحْسَبُونَهُۥ هَيِّنًا وَهُوَ عِندَ ٱللَّهِ عَظِيمٌ

    ʹIẓ talaq̣q̣awnahoo biʹalsinatikum wa-taq̣ooloona biʹafwaahikum maa laysa lakum̃ bihee ʻilmuñw Wataḥsaboonahoo hayyinañw wahuwa ʻiñdal laahi ʻaz̤̣eem.

    ކަލޭމެނަށް އެއްވެސްގޮތަކުން އެގުމެއްނެތް އެދޮގުވާހަކަ ކަލޭމެންގެ ދޫތަކުން ހިފަހައްޓައި ކަލޭމެންގެ އަނގަތަކުން ކަލޭމެން ބުނަމުން ދިޔަހިނދު ކަލޭމެން ހީކުރީ އެއީ ދާދި ކުޑަކުޑަ އާދައިގެ ލުއިކަމެއްކަމަށެވެ. އަދި އެކަންވީ ﷲ ގެ حضرة ގައި ވަރަށްވެސް ބޮޑުވެގެންވާ ކަމެއްކަމުގައެވެ.

  136. 24:16

    وَلَوْلَآ إِذْ سَمِعْتُمُوهُ قُلْتُم مَّا يَكُونُ لَنَآ أَن نَّتَكَلَّمَ بِهَـٰذَا سُبْحَـٰنَكَ هَـٰذَا بُهْتَـٰنٌ عَظِيمٌ

    Wa-lawlaaa ʹiẓ samiʻtumoohu q̣ultum maa yakoonu lanaaa ʹan natakallama bihaaẓaa: Subḥaanaka haaẓaa buhtaanun ʻaz̤̣eem!

    އަދި ކަލޭމެން އެވާހަކަ އެހިހިނދުން މިފަދަ ވާހަކަދެއްކުމަކީ އަހުރެމެންނަށް އެކަށީގެންވާ ކަމެއް ނޫނެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތަކަމާއެވެ! މިވާހަކައަކީ ބޮޑުވެގެންވާ ރޯމަރު بُهْتَانُ ދޮގެކެވެ. މިފަދައިން ނުބުނީ ކީއްވެގެންހެވެ؟ ނުވަތަ އެފަދައިން ބުނިނަމައެވެ.

  137. 24:17

    يَعِظُكُمُ ٱللَّهُ أَن تَعُودُوا۟ لِمِثْلِهِۦٓ أَبَدًا إِن كُنتُم مُّؤْمِنِينَ

    Yaʻiz̤̣ukumul laahu ʹañ taʻoodoo limis̤liheee ʹabadan ʹiñ kuñtum Muʹmineen.

    އަދި ކަލޭމެންނަކީ مؤمن ންކަމުގައިވަންޏާ ދެން ދުވަހަކުވެސް އެފަދަކަމަކަށް އަނބުރާ إعاد ނުވުމަށް ﷲ ކަލޭމެނަށް وعظ ދެއްވާ نصيحة ދެއްވަނީއެވެ.

  138. 24:18

    وَيُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَـٰتِ ۚ وَٱللَّهُ عَلِيمٌ حَكِيمٌ

    Wa-yubayyinul laahu lakumul ʹAayaat: wallaahu ʻAleemun Ḥakeem.

    އަދި ﷲ ކަލޭމެންނަށް އާޔަތްތައް بيان ކޮށްދެއްވައެވެ. އެކަލާނގެ حجّة ތައް ދައްކަވައެވެ. އަދި ﷲ އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.

  139. 24:19

    إِنَّ ٱلَّذِينَ يُحِبُّونَ أَن تَشِيعَ ٱلْفَـٰحِشَةُ فِى ٱلَّذِينَ ءَامَنُوا۟ لَهُمْ عَذَابٌ أَلِيمٌ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۚ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ

    ʹInnal laẓeena yuḥibboona ʹañ tasheeʻal faaḥishatu fil laẓeena ʹaamanoo lahum ʻaẓaabun ʹaleemuñ fid dunyaa wal-ʹAakhirah: wallaahu yaʻlamu waʹañtum laa- taʻlamoon.

    إيمان ވެގެންވާ މީސްތަކުންގެމެދުގައި فاحش ކަންތައް ފަތުރާ މީސްތަކުން - ޒިނޭގެ ކަންތައް ފަތުރާ މީސްތަކުން އެކަމަށް ލޯބިކުރުވާ މީސްތަކުން؛ ދަންނައެވެ. ހަމަކަށަވަރުން އެމީހުންނަށް ހުރީ ދުނިޔެއާއި آخرة ގައިވެސް ވޭންދެނިވި عذاب އެވެ. އަދި ﷲ ދެނެވޮޑިގެންވެއެވެ. (ދޮގުހެދި މީސްތަކުން އެކަލާނގެ ދެނެވޮޑިގެންވެއެވެ.) އަދި ކަލޭމެންނަކަށް ނޭނގެއެވެ.

  140. 24:20

    وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ وَأَنَّ ٱللَّهَ رَءُوفٌ رَّحِيمٌ

    Wa-lawlaa faḍlul laahi ʻalaykum wa-raḥmatuhoo wa-ʹannal laaha Raʹoofur Raḥeem.

    އަދި ﷲ ގެ فضل ވަންތަކަމާއި އެކަލާނގެ رحمة ތިޔަބައިމީހުންނަށް ނުވާނަމަ (ﷲ ގެ عُقُوبة ކަލޭމެންގެ މައްޗަށް އަވަސްކުރައްވައިފީހެވެ.) އަދި ހަމަކަށަވަރުން ﷲ އީ އޯގާވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  141. 24:21

    ۞ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ وَمَن يَتَّبِعْ خُطُوَٰتِ ٱلشَّيْطَـٰنِ فَإِنَّهُۥ يَأْمُرُ بِٱلْفَحْشَآءِ وَٱلْمُنكَرِ ۚ وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ مَا زَكَىٰ مِنكُم مِّنْ أَحَدٍ أَبَدًا وَلَـٰكِنَّ ٱللَّهَ يُزَكِّى مَن يَشَآءُ ۗ وَٱللَّهُ سَمِيعٌ عَلِيمٌ

    Yaaaʹayyuhal laẓeena ʹaamanoo laa- tattabiʻoo khuṭuwaatish Shayṭaan: wa-mañy yattabiʻ khuṭuwaatish Shayṭaani faʹinnahoo yaʹmuru bilfaḥshaaaʹi walmuñkar: wa-lawlaa faḍlul laahi ʻalaykum Waraḥmatuhoo maa- zakaa miñkum min ʹaḥadin ʹabadañw wa-laakinnal laaha yuzakkee mañy yashaaaʹ: wallaahu Sameeʻun ʻAleem.

    އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެން شيطان އާގެ ފިޔަވަޅުތަކާއި تبع ނުވާށެވެ! އެބަހީ: شيطان އަށް ނުހެއްލޭށެވެ. އޭނާގެ ބަސްނާހާށެވެ! އަދި شيطان އާގެ ފިޔަވަޅުތަކާ تبع ވެއްޖެމީހާ (ދަންނައެވެ.) ހަމަކަށަވަރުން އެސޮރު فَاحِش ކަންތަކަށާއި مُنْكَرَات އަށް އަމުރުކުރެއެވެ. (އެބަހީ: ޒިނޭކުރުމަށާއި ހަޑިހުތުރު ބަސްތައް ބުނުމަށް أمر ކުރެއެވެ.) އަދި ﷲ ގެ فضل ވަންތަވެރިކަމާއި އެކަލާނގެ رحمة ކަލޭމެންގެމައްޗަށް ނުވާނަމަ ކަލޭމެންކުރެ އެކަކުވެސް ފާފައިން طاهر ނުވީހެވެ. إسلام دين މަތީ ނުތިބީހެވެ. އަދި އެހެންނަމަވެސް ﷲ އެދިވޮޑިގެންނެވި އަޅަކު އެކަލާނގެ طاهر ކުރައްވައެވެ. دين ގައި ދަމަހައްޓަވައެވެ. އަދި ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

  142. 24:22

    وَلَا يَأْتَلِ أُو۟لُوا۟ ٱلْفَضْلِ مِنكُمْ وَٱلسَّعَةِ أَن يُؤْتُوٓا۟ أُو۟لِى ٱلْقُرْبَىٰ وَٱلْمَسَـٰكِينَ وَٱلْمُهَـٰجِرِينَ فِى سَبِيلِ ٱللَّهِ ۖ وَلْيَعْفُوا۟ وَلْيَصْفَحُوٓا۟ ۗ أَلَا تُحِبُّونَ أَن يَغْفِرَ ٱللَّهُ لَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ

    Wa-laa yaʹtali ʹulul faḍli miñkum wassaʻati ʹañy yuʹtooo ʹulil q̣urbaa walmasaakeena wal-Muhaajireena fee Sabeelil laah: walyaʻfoo walyaṣfaḥoo. ʹAlaa tuḥibboona ʹañy yag̣firal laahu lakum? Wal-laahu G̣afoorur Raḥeem.

    (އޭ مؤمن ންނޭވެ!) ކަލޭމެންގެ ތެރެއިން މާތްކަމާއި އަދި ފައިސާގެގޮތުން ތަނަވަސްކަމުގެ أهل ވެރިން - ގާތްތިމާގެ މީހުންނަށާއި މިސްކީނުންނަށާއި އަދި ﷲ ގެ މަގުގައި هجرة ކުރި މީހުންނަށާއި މިމީސްމީހުންނަށް ފައިސާގެގޮތުންނާއި އަދި އެހެންވެސް ގޮތްގޮތުން އެހީ ނުވުމަށް ހުވައި ނުކުރާށެވެ! عائشة رضى ﷲ عنها އަށް قَذْفُ ކުރުމާއި އެފަދަ ނަހަމަ ވާހަކަތަކުގެތެރެއަށް ވަދެގަތް މީހުންނަށް ކަލޭމެން عَفُوء ކޮށް މަޢާފުކުރާ ހުށިކަމެވެ! އަޅެފަހެ ﷲ ކަލޭމެންގެ ފާފަފުއްސެވުމަށް ކަލޭމެން ލޯބި ނުކުރަމުހެއްޔެވެ؟ އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. • ދަންނައެވެ. މިއާޔަތުން މި إشارة ވެގެންދަނީ سيّدنا أبوبكر رضى ﷲ عنه އެކަލޭގެފާނުންގެ ބޮޑުދައިތާގެ ދަރި مِسْطَحُ ކިޔާ ބޭކަލަކަށް ފައިސާގެ އެހީ ނުވުމަށް ހުވައިކުރެއްވިކަމުގައިވި مسألة އަށެވެ. މި مسطح އަކީ عائشة رضى ﷲ عنها އާއިމެދު އެފެތުރުނު ހުތުރު ދޮގުވާހަކައިގައި ބައިވެރިވެވަޑައިގެންނެވުނު ބޭކަލަކު ކަމުގައި ވިއެވެ. އަދި އެއީ އެޔާއެކު فقير ބޭކަލެކެވެ. އަދި إسلام دين އަށްޓަކައި هجرة ކުރެއްވި ބޭކަލެކެވެ. والله أعلم. = تفسير طبري އިން =

  143. 24:23

    إِنَّ ٱلَّذِينَ يَرْمُونَ ٱلْمُحْصَنَـٰتِ ٱلْغَـٰفِلَـٰتِ ٱلْمُؤْمِنَـٰتِ لُعِنُوا۟ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَلَهُمْ عَذَابٌ عَظِيمٌ

    ʹInnal laẓeena yarmoonal muḥṣanaatil g̣aafilaatil Muʹminaati luʻinoo fid dunyaa wal-ʹAakhirah: wa-lahum ʻAẓaabun ʻaz̤̣eem,

    ހަމަކަށަވަރުން عفّة ތެރި އަދި ޒިނޭއިން غافل ވެގެންވާ مؤمن އަންހެނުންނަށް ޒިނޭގެ ތުހުމަތުކޮށް قَذْفُ ކުރާމީހުން ދަންނައެވެ. އެމީހުންނަށް ދުނިޔެއާއި آخرة ގައިވެސް لعنة ލެވިއްޖެއެވެ. އަދި އެމީހުންނަށް ހުންނަހުށީ ބޮޑުވެގެންވާ عذاب އެވެ.

  144. 24:24

    يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُم بِمَا كَانُوا۟ يَعْمَلُونَ

    Yawma tashhadu ʻalayhim ʹalsinatuhum wa-ʹaydeehim wa-ʹarjuluhum̃ bimaa kaanoo yaʻmaloon.

    (އެމީހުންނަށް އެ عذاب ހުންނަހުށީ) އެމީހުންނާއި އިދިކޮޅަށް އެމީހުންގެ ދޫތަކާއި އެމީހުންގެ އަތްތަކާއި އަދި އެމީހުންގެ ފައިތައްވެސް އެމީހުން ދުނިޔޭގައި ކުރާކަމުގައިވީ ކަންތަކަށް ހެކިދޭނެ ދުވަހުންނެވެ. އެއީ قيامة ދުވަހެވެ.

  145. 24:25

    يَوْمَئِذٍ يُوَفِّيهِمُ ٱللَّهُ دِينَهُمُ ٱلْحَقَّ وَيَعْلَمُونَ أَنَّ ٱللَّهَ هُوَ ٱلْحَقُّ ٱلْمُبِينُ

    Yawmaʹiẓiñy yuwaffeehimul laahu deenahumul ḥaq̣q̣a wa-yaʻlamoona ʹannal laaha Huwal Ḥaq̣q̣ul Mubeen.

    އެދުވަހުން ﷲ تعالى އެމީހުންގެ عمل ތަކުގެ حقّ ހިސާބު އެމީހުންނަށް ބަރާބަރު ކުރައްވާހުއްޓެވެ. އަދި ހަމަކަށަވަރުން بيان ވެގެންވާ حقّ ވަންތަކަލަކީ ﷲ ކަން އެމީހުންނަށް އެނގޭނެއެވެ.

  146. 24:26

    ٱلْخَبِيثَـٰتُ لِلْخَبِيثِينَ وَٱلْخَبِيثُونَ لِلْخَبِيثَـٰتِ ۖ وَٱلطَّيِّبَـٰتُ لِلطَّيِّبِينَ وَٱلطَّيِّبُونَ لِلطَّيِّبَـٰتِ ۚ أُو۟لَـٰٓئِكَ مُبَرَّءُونَ مِمَّا يَقُولُونَ ۖ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ

    ʹAl-khabees̤aatu lil-khabees̤eena wal-khabees̤oona lil-khabees̤aat; waṭ-ṭayyibaatu liṭ-ṭayyibeena waṭ-ṭayyiboona liṭ-ṭayyibaat: ʹulaaaʹika mubarraʹoona mimmaa yaq̣ooloon: lahum mag̣firatuñw wa-rizq̣uñ kareem.

    ނުބައިބަސްތައްވަނީ ނުވަތަ ނުބައި އަންހެނުންވަނީ ނުބައި ފިރިހެނުންނަށެވެ. އަދި ނުބައި ފިރިހެނުންވަނީ ނުބައި ބަސްތަކަށެވެ. ނުވަތަ ނުބައި އަންހެނުންނަށެވެ. އަދި ރަނގަޅު ބަސްތައްވަނީ ނުވަތަ ރަނގަޅު އަންހެނުންވަނީ ރަނގަޅު ފިރިހެނުންނަށެވެ. އަދި ރަނގަޅު ފިރިހެނުންވަނީ ރަނގަޅު ބަސްތަކަށެވެ. ނުވަތަ ރަނގަޅު އަންހެނުންނަށެވެ. އެބައިމީހުން އެބަހީ: ހެޔޮލަފާ ރަނގަޅުމީހުން މިނުބައި ބަސްތައްބުނެ ދޮގު ތުހުމަތުތައް ކުރާމީހުން ބުނާ ތަކެތީން މުޅިން ބަރީއަވެގެންވެއެވެ. އަދި އެމީހުންނަށް ހުރީ ފާފަފުއްސެވުމާއި މާތްވެގެންވާ ރިޒުގެވެ. އެއީ ސުވަރުގޭގެ نعمة އެވެ.

  147. 24:27

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا۟ وَتُسَلِّمُوا۟ عَلَىٰٓ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ

    Yaaaʹayyuhal laẓeena ʹaamanoo laa- tadkhuloo buyootan g̣ayra buyootikum ḥattaa tastaʹnisoo wa-tusallimoo ʻalaaa ʹahlihaa: ẓaalikum khayrul lakum laʻallakum taẓakkaroon.

    އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެ ގެތައް ނޫން އެހެނިހެން މީސްމީހުންގެ ގެތަކަށް ހުއްދަޔަށް އެދި ހުއްދަ ލިބުމަށްފަހުގައި މެނުވީ ނުވަންނާށެވެ! އަދި އެގެއެއްގެ أهل ވެރިންނަށް سلام ކުރާށެވެ! ކަލޭމެން نصيحة އާއި وعظ ލިބިގަތުމަށްޓަކައި އެގޮތް ހެޔޮވެގެންވެއެވެ.

  148. 24:28

    فَإِن لَّمْ تَجِدُوا۟ فِيهَآ أَحَدًا فَلَا تَدْخُلُوهَا حَتَّىٰ يُؤْذَنَ لَكُمْ ۖ وَإِن قِيلَ لَكُمُ ٱرْجِعُوا۟ فَٱرْجِعُوا۟ ۖ هُوَ أَزْكَىٰ لَكُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ عَلِيمٌ

    Faʹil lam tajidoo feehaaa ʹaḥadañ falaa tadkhuloohaa ḥattaa yuʹẓana lakum: wa-ʹiñ q̣eela lakumur jiʻoo farjiʻoo huwa ʹazkaa lakum: wallaahu bimaa taʻmaloona ʻAleem.

    ދެންފަހެ އެގެއަކުން ކަލޭމެނަށް މީހަކު ނުފެނިއްޖެއްޔާ (މީހަކު އުޅޭކަމެއް ނޭނގިއްޖެއްޔާ ނުވަތަ ހުއްދަ ނުލިބިއްޖެއްޔާ) ފަހެ ކަލޭމެން އެގެއަކަށް ނުވަންނާށެވެ! އެއީ ހުއްދަ ލިބޭންދެންނެވެ. (އަދި ކަލޭމެން ހުއްދަ އެދުމަށްފަހު) އެނބުރިދާށޭ! ކަލޭމެންނަށް ބުނެވިއްޖެއްޔާ (އެބަހީ: މިވަގުތު ބައްދަލުވާކަށް ނެތޭ އިހަށްދާށޭ! މިހެން ބުނެވިއްޖެއްޔާ) ދެން ކަލޭމެން އެނބުރިދާށެވެ! އެކަން ކަލޭމެންނަށް طاهر ވެގެންވެއެވެ. އަދި ﷲ އީ ކަލޭމެންކުރާހާ ކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.

  149. 24:29

    لَّيْسَ عَلَيْكُمْ جُنَاحٌ أَن تَدْخُلُوا۟ بُيُوتًا غَيْرَ مَسْكُونَةٍ فِيهَا مَتَـٰعٌ لَّكُمْ ۚ وَٱللَّهُ يَعْلَمُ مَا تُبْدُونَ وَمَا تَكْتُمُونَ

    Laysa ʻalaykum junaaḥun ʹañ tadkhuloo buyootan g̣ayra maskoonatiñ feeha mataaʻul lakum: wallaahu yaʻlamu maa- tubdoona wa-maa taktumoon.

    އަދި މީހުން ދިރިނުއުޅޭ ގެއެއް އެގެއްގައި ކަލޭމެންގެ މުދަލެއް ނުވަތަ ހިފާގެންގުޅޭ އެއްޗެއް ވާނަމަ އެގެއަކަށް ވަނުމަކީ ކަލޭމެންގެ މައްޗަށް ކުށެއްއޮތް ކަމެއްނޫނެވެ. އަދި ކަލޭމެން ފައުޅުކުރާ ކަންތަކާއި އަދި ވަންހަނާކުރާ ކަންތައްތައް ﷲ ދެނެވޮޑިގެންވެއެވެ. (މިހުރީ إسلام دين ގެފަރާތުން مسلم ންނަށް ދީފައިވާ إجتماعى އަދަބުތަކެވެ.)

  150. 24:30

    قُل لِّلْمُؤْمِنِينَ يَغُضُّوا۟ مِنْ أَبْصَـٰرِهِمْ وَيَحْفَظُوا۟ فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ ٱللَّهَ خَبِيرٌۢ بِمَا يَصْنَعُونَ

    Q̣ul lil-Muʹmineena yag̣uḍḍoo min ʹabṣaarihim wa-yaḥfaz̤̣oo furoojahum: ẓaalika ʹazkaa lahum: ʹinnal laaha khabeerum bimaa yaṣnaʻoon.

    (އޭ رسول ﷲ އެވެ.) مؤمن ފިރިހެނުން (ﷲ حرام ކުރެއްވި ކަންތަކަށް ނުބަލައި) އެމީހުން އެމީހުންގެ ލޯތައް ތިރިކޮށް މަރައިހަދާށެވެ. މިހެން ވިދާޅުވާށެވެ. އަދި އެމީހުން އެމީހުންގެ ލަދުގުނަވަންތައް (ބެލުން ހުއްދަ މީހަކަށްމެނުވީ) ރައްކާތެރިކުރާށެވެ. އެގޮތް އެމީހުންނަށް طاهر ވެ ރަނގަޅުވެގެންވެއެވެ. ހަމަކަށަވަރުން ﷲ تعالى އެމީހުން ހަދާހާ އެއްޗެއްގެ خبر މޮޅަށް ދެނެވޮޑިގެންވެއެވެ. މިހެން ކަލޭގެފާނު ވިދާޅުވާށެވެ.

  151. 24:31

    وَقُل لِّلْمُؤْمِنَـٰتِ يَغْضُضْنَ مِنْ أَبْصَـٰرِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ ءَابَآئِهِنَّ أَوْ ءَابَآءِ بُعُولَتِهِنَّ أَوْ أَبْنَآئِهِنَّ أَوْ أَبْنَآءِ بُعُولَتِهِنَّ أَوْ إِخْوَٰنِهِنَّ أَوْ بَنِىٓ إِخْوَٰنِهِنَّ أَوْ بَنِىٓ أَخَوَٰتِهِنَّ أَوْ نِسَآئِهِنَّ أَوْ مَا مَلَكَتْ أَيْمَـٰنُهُنَّ أَوِ ٱلتَّـٰبِعِينَ غَيْرِ أُو۟لِى ٱلْإِرْبَةِ مِنَ ٱلرِّجَالِ أَوِ ٱلطِّفْلِ ٱلَّذِينَ لَمْ يَظْهَرُوا۟ عَلَىٰ عَوْرَٰتِ ٱلنِّسَآءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوٓا۟ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ

    Wa-q̣ul lil-Muʹminaati yag̣ḍuḍna min ʹabṣaarihinna wa-yaḥfaz̤̣na furoojahunna wa-laa yubdeena zeenatahunna ʹillaa maa- z̤̣ahara minhaa wal-yaḍribna bikhumurihinna ʻalaa juyoobihinn; wa-laa yubdeena zeenatahunna ʹillaa libuʻoolatihinna ʹaw ʹaabaaaʹihinna ʹaw ʹaabaaaʹi buʻoolatihinna ʹaw ʹabnaaaʹihinna ʹaw ʹabnaaaʹi buʻoolatihinna ʹaw ʹikhwaanihinna ʹaw baneee ʹikhwaanihinna ʹaw baneee ʹakhawaatihinna ʹaw nisaaaʹihinna ʹaw maa- malakat ʹaymaanuhunna ʹawit taabiʻeena g̣ayri ʹulil ʹirbati minar rijaali ʹawiṭ ṭiflil laẓeena! lam yaz̤̣haroo ʻalaa ʻawraatin nisaaaʹ; wa-laa yaḍribna biʹarjulihinna liyuʻlama maa- yukhfeena miñ zeenatihinn. Wa-toobooo ʹilal laahi jameeʻan ʹayyuhal Muʹminoona laʻallakum tufliḥoon.

    އަދި مؤمن އަންހެނުންވެސް (ﷲ حرام ކުރެއްވި ކަންތަކަށް ނުބަލައި) އެމީހުން އެމީހުންގެ ލޯތައް ތިރިކޮށް މަރައިހަދާށޭ އަދި އެމީހުންގެ ލަދުގުނަވަންތައް ރައްކާތެރިކުރާށޭ އެމީހުންނަށް ވިދާޅުވާށެވެ. އަދި އެމީހުންގެ ޒީނަތުގެ ތެރެއިން ފައުޅުވެގެން މިންވަރެއްމެނުވީ އެމީހުން ފައުޅު ނުކުރާށެވެ. (މިއިސްތިސްނާއާއި މެދު ދަންނަ ބޭކަލުންގެ ބަސް ތަފާތެވެ. އެދިގު بَحْث މިތާ ލިޔާކަށް قصد އެއް ނުކުރަމެވެ. ބުނެވެނީ އެއީ ބޭ إخْتِيَارُ ގައި ކަޝްފުވާ މިންވަރުކަމުގައެވެ.) އަދި އެކަނބަލުން އެކަނބަލުންގެ ބުރުގާތަކުގައި ކަރުވަޅު ނުފެންނާނޭގޮތުން ދަތިޖަހައި ހަދާށެވެ. (ރަނގަޅަށް ނިވައިކުރާށެވެ.) އަދި އަންނަނިވި މީސްމީހުންނަށް މެނުވީ އެކަނބަލުންގެ ޒީނަތް ފައުޅު ނުކުރާށެވެ. އެއީ (1) އެކަނބަލުންގެ ފިރިން (2) އެކަނބަލުންގެ ބަފައިން. (3) އެކަނބަލުންގެ ފިރިންގެ ބަފައިން (ބަފައިކަލޭގެ) (4) އެކަނބަލުންގެ ފިރިހެންދަރިން (5) އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިން (އެކަނބަލުން ދޮންދަރިން) (6) އެކަނބަލުން أخ ން (7) އެކަނބަލުންގެ أخ ންގެ ފިރިހެން ދަރިން (8) އެކަނބަލުންގެ أخت ންގެ ފިރިހެންދަރިން (9) އެކަނބަލުންގެ އަންހެނުން (އެބަހީ: مسلم އަންހެނުން) (10) އެކަނބަލުންގެ އަޅުން (11) ފިރިހެނުންގެތެރެއިން މުސްކުޅިވެގެންނަމަވެސް ނުވަތަ އެހެންވެސް ގޮތަކުން އަންހެނުންނާމެދު އެދުންވެރިކަމެއް ނެތް ޗަސްޕެއްނެތް ފިރިހެނުން (12) އަދި އަންހެނުންގެ عورة ގެ މައްޗަށް ގަދަ ނުވެވޭވަރުގެ ކުޑަކުދިންނާއި (އަންހެނުންގެ عورة އަކީ ކޮންއެއްޗެއްކަން ނޭނގޭވަރުގެ ކުޑަކުދިންނާއި) މިމީސްމީހުންނެވެ. އަދި އެކަނބަލުން އެކަނބަލުންގެ އެތެރޭގައި ވަންހަނާވެފައިވާ އެކަނބަލުންގެ ޒީނަތްތެރިކަން ފައުޅުކުރުމުގެ ގޮތުން (މީހުނަށް އަޑުއިއްވާންވެގެން) އެކަނބަލުންގެ ފައިތަކުން (ބިމުގައި) ޖަހާ ނުހަދާށެވެ. އެންމެހައި مؤمن ންނޭވެ. ކަލޭމެން އެންމެން ﷲ އަށް توبة ވާށެވެ. އެއީ ކަލޭމެން ކާމިޔާބުވެ نصيب ލިބުމުގެ أمّيد ގައެވެ. • ދަންނައެވެ. މިދެއާޔަތުގައި بيان ވެގެންމިވާ އެކިއެކި حكم ތަކާއިމެދު ގިނަގުނަ بيان ވެއެވެ. ދަންނަބޭކަލުންގެ ތަފާތު رَأْيُ ތައްވެއެވެ. ވީމާ އެ بيان ތައް އެހެން فرصة އެއްގައި بيان ކުރުމުގެ أمّيد ގައި ކުރުކޮށްލަމެވެ. وﷲ وَلِيُّ التَّوفيق.

  152. 24:32

    وَأَنكِحُوا۟ ٱلْأَيَـٰمَىٰ مِنكُمْ وَٱلصَّـٰلِحِينَ مِنْ عِبَادِكُمْ وَإِمَآئِكُمْ ۚ إِن يَكُونُوا۟ فُقَرَآءَ يُغْنِهِمُ ٱللَّهُ مِن فَضْلِهِۦ ۗ وَٱللَّهُ وَٰسِعٌ عَلِيمٌ

    Wa-añkiḥul ʹayaamaa miñkum waṣ-ṣaaliḥeena min ʻibaadikum wa-ʹimaaaʹikum: ʹiñy yakoonoo fuq̣araaaʹa yug̣nihimul laahu miñ faḍlih: wal-laahu Waasiʻun ʻAleem.

    (އޭ مؤمن ންނޭވެ.) ކަލޭމެން مؤمن މިނިވަނުންކުރެ ހުއްސަރިބައި މީހުންނާއި ކާވެނިކޮށްދޭށެވެ. ދެވާށެވެ. ކަލޭމެންގެ އަޅުފިރިހެނުންނާއި އަޅުއަންހެނުންގެތެރެއިންވެސް صالح ރަނގަޅު ހުއްސަރިބައިމީހުން ކާވެނިކޮށްދޭށެވެ. އަދި އެމީސްމީހުންނަކީ فقير ންކަމުގައިވަންޏާ، ﷲ އެކަލާނގެ فضل ވަންތަކަމުން އެމީހުންނަށް ފޯރުންތެރިކަންދެއްވައި ތަނަވަސްކަންދެއްވާނެއެވެ. އަދި ﷲ އީ ދެއްވުންތައް ތަނަވަސްވެވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

  153. 24:33

    وَلْيَسْتَعْفِفِ ٱلَّذِينَ لَا يَجِدُونَ نِكَاحًا حَتَّىٰ يُغْنِيَهُمُ ٱللَّهُ مِن فَضْلِهِۦ ۗ وَٱلَّذِينَ يَبْتَغُونَ ٱلْكِتَـٰبَ مِمَّا مَلَكَتْ أَيْمَـٰنُكُمْ فَكَاتِبُوهُمْ إِنْ عَلِمْتُمْ فِيهِمْ خَيْرًا ۖ وَءَاتُوهُم مِّن مَّالِ ٱللَّهِ ٱلَّذِىٓ ءَاتَىٰكُمْ ۚ وَلَا تُكْرِهُوا۟ فَتَيَـٰتِكُمْ عَلَى ٱلْبِغَآءِ إِنْ أَرَدْنَ تَحَصُّنًا لِّتَبْتَغُوا۟ عَرَضَ ٱلْحَيَوٰةِ ٱلدُّنْيَا ۚ وَمَن يُكْرِههُّنَّ فَإِنَّ ٱللَّهَ مِنۢ بَعْدِ إِكْرَٰهِهِنَّ غَفُورٌ رَّحِيمٌ

    Wal-yastaʻfifil laẓeena laa- yajidoona nikaaḥan ḥattaa yug̣niyahumul laahu miñ faḍliḥ. Wallaẓeena yabtag̣oonal Kitaaba mimmaa malakat ʹaymaanukum fakaatiboohum ʹin ʻalimtum feehim khayrañw waʹaatoohum mim maalil laahil laẓeee ʹaataakum. Wa-laa tukrihoo fatayaatikum ʻalal big̣aaaʹi ʹin ʹaradna taḥaṣṣunal litabtag̣oo ʻaraḍal ḥayaatid dunyaa. Wa-mañy yukrihhunna faʹinnal laaha mim baʻdi ʹikraahihinna G̣afoorur Raḥeem.

    އަދި ކާވެންޏެއްކުރެވޭވަރުގެ ތަނަވަސްކަން ނެތްމީހުން، ﷲ ގެ فضل ވަންތަވެރިކަމުގެތެރެއިން އެކަލާނގެ އެމީހުންނަށް ދެއްވާ ތަނަވަސްކުރައްވާ ދެން އެމީހުން ހަޑިކަންތައް ނުކޮށް عفّة ތެރިވާހުށިކަމެވެ. އަދި ކަލޭމެންގެ އަޅުންގެތެރެއިން ލިޔެދިނުމަށް އެދިއްޖެމީހުންނަށް އެމީހުންގެ ކިބައިން ކަލޭމެންނަށް ހެޔޮކަން ފެންނަންޏާ (އެބަހީ: އަދާކުރެވިދާނެކަމަށް ފެންނަންޏާ) ކަލޭމެން އެމީހުންނަށް ލިޔެދޭށެވެ. (މިބުނާ ލިޔެދިނުމަކީ: ސާހިބުމީހާ ކަނޑައަޅާ ވަރަކަށް ފައިސާ ނުވަތަ އެހެނިހެން މުދަލެއްނަމަވެސް ސާހިބުމީހާ އެބުނާ ވަރަކަށް އޭނާޔަށް އަދާކޮށްދިނީމާ އަޅުމީހާ މިނިވަންވީކަމަށް ލިޔެދިނުމެވެ. އެއީ އެޒަމާނުގައި ހިނގަމުން އައި ކަމެކެވެ. އެއީ ހުއްދަކަމެކެވެ. މިހާރުވެސް އެ حكم އެގޮތަށެވެ. އެފަދަ އަޅުންނަށް ދެން ލިޔެދިނުމަށްފަހު އެވަރު އަދާކޮށްދެވެންދެން ކިޔާނީ مُكَاتِبُ އަޅުންނެވެ. والله أعلم)\nއަދި (އޭ مؤمن ންނޭވެ.) ކަލޭމެންގެ އަތްމައްޗަށް ﷲ ދެއްވާފައިވާ މުދަލުގެ ތެރެއިން އެމީހުންނަށް ދޭށެވެ. (އެއީ އެމީހުންނަށް ލިޔެދެވިފައިވާ މިންވަރު އަދާކުރުމަށް ފަސޭހަވުމަށްޓަކައެވެ.) އަދި ކަލޭމެން ދުނިޔޭގެ حياة ގެ ބޭނުމަކަށްޓަކައި ތަކެތި ހޯދުމަށް ކަލޭމެންގެ އަޅުއަންހެންކުދިން عفّة ތެރިވާން އެދެންޏާ އެކުދިން ޒިނޭކުރުމުގެ މައްޗަށް ގަދަނައަޅާށެވެ. މަޖްބޫރު ނުކުރާށެވެ. އަދި މީހަކު އެކުދިންނަށް ބަޖްބޫރުކުރިޔަސް ފަހެ ހަމަކަށަވަރުން ﷲ تعالى އީ އެކަނބަލުންނަށް މަޖްބޫރުކުރުމަށްފަހު ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  154. 24:34

    وَلَقَدْ أَنزَلْنَآ إِلَيْكُمْ ءَايَـٰتٍ مُّبَيِّنَـٰتٍ وَمَثَلًا مِّنَ ٱلَّذِينَ خَلَوْا۟ مِن قَبْلِكُمْ وَمَوْعِظَةً لِّلْمُتَّقِينَ

    Wa-laq̣ad ʹañzalnaaa ʹilaykum ʹaayaatim mubayyinaatiñw wamas̤alam minal laẓeena khalaw miñ q̣ablikum wa-mawʻiz̤̣atal lil-Muttaq̣een.

    އަދި ހަމަކަށަވަރުން حقّ އާއި ތެދުމަގު بيان ކޮށްދޭނޭ އާޔަތްތަކެއް ތިމަންރަސްކަލާނގެ ކަލޭމެންގެ މައްޗަށް ބާވައިލެއްވީމެވެ. އަދި ކަލޭމެންގެ ކުރިން އިސްވެދިޔަ މީސްތަކުންގެ އެތަކެއް މިސާލާއި އަދި تقوى ވެރިންނަށްވާ وعظ އާއި نصيحة ވެސް ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ.

  155. 24:35

    ۞ ٱللَّهُ نُورُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ مَثَلُ نُورِهِۦ كَمِشْكَوٰةٍ فِيهَا مِصْبَاحٌ ۖ ٱلْمِصْبَاحُ فِى زُجَاجَةٍ ۖ ٱلزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّىٌّ يُوقَدُ مِن شَجَرَةٍ مُّبَـٰرَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِىٓءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِى ٱللَّهُ لِنُورِهِۦ مَن يَشَآءُ ۚ وَيَضْرِبُ ٱللَّهُ ٱلْأَمْثَـٰلَ لِلنَّاسِ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ

    ʹAllaahu Noorus samaawaati wal-ʹarḍ: Mas̤alu Noorihee ka-Mishkaatiñ feehaa Miṣbaaḥ: ʹAl-Miṣbaaḥu fee Zujaajah: ʹazzujaajatu kaʹannahaa kawkabuñ durriyyuñy yooq̣adu miñ Shajaratim mubaarakatiñ Zaytoonatil laa Sharq̣iyyatiñw Walaa G̣arbiyyatiñy yakaadu Zaytuhaa yuḍeeeʹu wa-law lam tamsashu naar: Noorun ʻalaa Noor! Yahdil laahu li-Noorihee mañy yashaaaʹ: wa-yaḍribul laahul ʹams̤aala linnaas: wallaahu bikulli shayʹin ʻAleem.

    ﷲ އެއީ އުޑުތަކާއި ބިމުގައިވާހާބަޔަކަށް ތެދުމަގު ދައްކަވާ ކަލާނގެއެވެ. ނުވަތަ އުޑުތަކާއި ބިމުގެ އަލިކަމެވެ. (އަދި މިނޫންވެސް އެހެނިހެން މާނަތައް ކިޔާފައިވެއެވެ.) އެކަލާނގެ نور ގެ يعني: އަލިކަމުގެ ނުވަތަ ތެދުމަގު މިސާލަކީ مِشْكَاة އެއްގެ މިސާލެވެ. (مِشْكَاة އަކީ ގޭގެ ފާރުގައި ކުޑަދޮރުގޮތަށް ފޫދުއްވައިނުލައި ބައްތިފަދަ ތަކެތި ބަހައްޓާން ހަދާފައިވާ ތަންތަނެވެ. ނުވަތަ ބައްތިއެވެ.) ދެންފަހެ އެ مِشْكَاة ގައި ބައްތިއެއް ވެއެވެ. އަދި އެބައްތިވަނީ ބިއްލޫރިންނެވެ. އަދި އެބިއްލޫރީގެ ސާފުކަމާއި އަލިކަން ކޮންފަދަހެއްޔެވެ؟ އެހީވަނީ ރަންމުތްހެންނެވެ. އެބައްތި ދިއްލެނީ ބަރަކާތްތެރިވެގެންވާ زَيْتُوْن ގަހުގެ ތެލުންނެވެ. އަދި އެގަސްހުރީ ހުޅަނގުފަރާތަކުވެސް ނޫނެވެ. އަދި އިރުމަތިފަރާތަކުވެސް ނޫނެވެ. އަދި (އަދި އެތެލުގެ އަލިކަމާއި ސާފުކަންހުރި ވަރަކީ) އޭގައި އަލިފާން ނުބީހުނަސް އެއިން އަލިކޮށްދިނުން ގާތްވެގެންވެއެވެ. އޭގައިވަނީ އަލީގެ މައްޗަށް އައްޔެވެ. އަދި ﷲ އިރާދަކުރެއްވި އަޅަކަށް އެކަލާނގެ އެ نور ގެ ފަރާތަށް ތެދުމަގު ދައްކަވައެވެ. އަދި މީސްތަކުންނަށްޓަކައި ﷲ މިސާލުތައް ޖައްސަވައެވެ. އަދި ﷲ އީ ހުރިހާކަމެއް އަދި ހުރިހާއެއްޗެއް ދެނެވޮޑިގެންވާ ކަލާނގެއެވެ. • (ދަންނައެވެ. މިއާޔަތުގެ އެކިއެކި كلمة ތަކުގެ މާނަޔާމެދު އެކިގޮތްގޮތަށް ކިއިފައިވެއެވެ. نُوْرُ ގެ މުރާދަކީ ތެދުމަގެވެ. ނުވަތަ نُور ގެ މުރާދަކީ قرآن އެވެ. مِشْكَاة އެވެ ބުނެވުނު ބަހުގެ މުރާދަކީ رسول ﷲ ﷺ އެވެ. ބައްތިއަކީ ނަބީކަމެވެ. ބިއްލޫރިއަކީ އެކަލޭގެފާނުންގެ ހިތްޕުޅެވެ. ބަރަކާތްތެރި ގަހަކީ އެއީ وحي އެވެ. ތެލަކީ އެއީ دليل އާއި حجّة އާއި އެވެ. މިހުރީ ހައްތާވެސް ކިޔާފައިވާ ގޮތެވެ. ކޮންމެއަކަސް އެންމެ އެކަށީގެންވާ މާނައެއްކަމުގައި ބެލެވެނީ އެކަލާނގެ نور ގެ މިސާލުކަމުގައި - އެކަލާނގެ ތެދުމަގުގެ މިސާލެވެ ބުނުމެވެ. والله أعلم)

  156. 24:36

    فِى بُيُوتٍ أَذِنَ ٱللَّهُ أَن تُرْفَعَ وَيُذْكَرَ فِيهَا ٱسْمُهُۥ يُسَبِّحُ لَهُۥ فِيهَا بِٱلْغُدُوِّ وَٱلْـَٔاصَالِ

    Fee buyootin ʹaẓinal laahu ʹañ turfaʻa wa-yuẓkara feehas muhoo yusabbiḥu lahoo feehaa bilg̣uduwwi wal-ʹaaṣaal.

    (އެބަރަކާތްތެރި ތެލުން ބައްތި ދިއްލެނީ) އެގެތަކެއްގައި ﷲ ގެ ނަންފުޅު އުފުއްލެވުމަށް ﷲ އިޒުނަދެއްވާފައިވާ އަދި އެތަންތާނގައި އެކަލާނގެ ذكر ކުރެވޭ ގެތަކެއްގައެވެ. އެބަހީ: މިސްކިތްތަކުގައެވެ. އަދި ހެނދުނާއި ހަވީރު އެކަލާނގެއަށް تسبيح ކިޔެއެވެ. ނަމާދުކުރެއެވެ.

  157. 24:37

    رِجَالٌ لَّا تُلْهِيهِمْ تِجَـٰرَةٌ وَلَا بَيْعٌ عَن ذِكْرِ ٱللَّهِ وَإِقَامِ ٱلصَّلَوٰةِ وَإِيتَآءِ ٱلزَّكَوٰةِ ۙ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ ٱلْقُلُوبُ وَٱلْأَبْصَـٰرُ

    Rijaalul laa tulheehim tijaaratuñw walaa bayʻun ʻañ ẓikril laahi wa-ʹiq̣aamiṣ Ṣalaati wa-ʹeetaaaʹiz Zakaati yakhaafoona Yawmañ tataq̣allabu feehil q̣uloobu wal-ʹabṣaar,

    އެނަމާދުކުރާ މީހުންނަކީ ވިޔަފާރިޔަކުންވިޔަސް އަދި ގަނެވިއްކުމަކުންވިޔަސް ﷲ ގެ ذِكر ންނާއި ނަމާދު قائم ކުރުމުންނާއި އަދި ޒަކާތްދިނުމުންނާއި މިކަންކަމުން غافل ނުވާމީހުންނެވެ. އަދި އެދުވަހެއްގައި ހިތްތަކާއި އަދި ލޯތައް (ބިރުވެރިކަން ބޮޑުވެގެންގޮސް) އޭގެ މަރުކަޒުތަކުން ނެއްޓި އެކޮޅުމިކޮޅުންޖެހޭ قيامة ދުވަހަށް ބިރުވެތިވާ މީހުންނެވެ.

  158. 24:38

    لِيَجْزِيَهُمُ ٱللَّهُ أَحْسَنَ مَا عَمِلُوا۟ وَيَزِيدَهُم مِّن فَضْلِهِۦ ۗ وَٱللَّهُ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍ

    Liyajziyahumul laahu ʹaḥsana maa- ʻamiloo wa-yazeedahum miñ faḍlih; wal-laahu yarzuq̣u mañy yashaaaʹu big̣ayri hisaab.

    އެއީ އެމީހުން ދުނިޔޭގައި ކުރިعمل އަށް ﷲ އެމީހުނަށް ހެޔޮޖަޒާދެއްވައި އަދި އެކަލާނގެ فَضل ވަންތަކަމުން އެމީހުންނަށް އިތުރުކޮށްދެއްވުމަށެވެ. އަދި ﷲ އިރާދަކުރެއްވިއަޅަކަށް ހިސާބެއްނެތި އެކަލާނގެ ރިޒުގުދެއްވައެވެ.

  159. 24:39

    وَٱلَّذِينَ كَفَرُوٓا۟ أَعْمَـٰلُهُمْ كَسَرَابٍۭ بِقِيعَةٍ يَحْسَبُهُ ٱلظَّمْـَٔانُ مَآءً حَتَّىٰٓ إِذَا جَآءَهُۥ لَمْ يَجِدْهُ شَيْـًٔا وَوَجَدَ ٱللَّهَ عِندَهُۥ فَوَفَّىٰهُ حِسَابَهُۥ ۗ وَٱللَّهُ سَرِيعُ ٱلْحِسَابِ

    Wallaẓeena kafarooo ʹaʻmaaluhum kasaraabim biq̣eeʻatiñy yaḥsabuhuz̤̣ z̤̣amʹaanu maaaʹaa; ḥattaaa ʹiẓaa jaaaʹahoo lam yajidhu shayʹañw wawajadal laaha ʻiñdahoo fawaffaahu ḥisaabah: wallaahu Sareeʻul ḥisaab.

    އަދި ކާފަރުވެއްޖެ މީސްތަކުން (ގެ عمل ތައް ދަންނައެވެ.) އެމީހުންގެ عمل ތައް ގަހެއް ބިނާއެއް ނެތް ހުސްބިމެއްގައިވާ އަވާމެންދުރެއްފަދައެވެ. ފެންބޮވައިގެންފައިވާ މީހާއަށް ހީވާނީ އެއީ ފެންގަނޑެއްހެންނެވެ. (ފެންފޮދެއް ބުއިމަށް) އޭނާ އެތަނަށް ހިނގައްޖެއްޔާ އޭނާއަކަށް އެކައްޗެއްވެސް ނުފެންނާނެއެވެ. (އޭނާ މަރުވެގެން އޭނާ ކުރިހެޔޮ عمل އަށް ބޭނުންވާހިނދު އޭނާއަކަށް އެއްވެސް ހެޔޮ عمل އެއް ނުފެންނާނެއެވެ.) އަދި އޭނާ ދެކޭނީ ﷲ އޭނާގެ ގާތުގައި ވާތީއެވެ. ނުވަތަ ﷲ ގެ އަމުރުފުޅު އޭނާގެ ގާތުގައި ވާތީއެވެ. ދެން އެކަލާނގެ އޭނާގެ ހިސާބު ބަރާބަރުކޮށްދެއްވާނެއެވެ. އަދި ﷲ އީ ހިސާބު ބެއްލެވުން އަވަސްވެވޮޑިގެންވާ ކަލާނގެއެވެ.

  160. 24:40

    أَوْ كَظُلُمَـٰتٍ فِى بَحْرٍ لُّجِّىٍّ يَغْشَىٰهُ مَوْجٌ مِّن فَوْقِهِۦ مَوْجٌ مِّن فَوْقِهِۦ سَحَابٌ ۚ ظُلُمَـٰتٌۢ بَعْضُهَا فَوْقَ بَعْضٍ إِذَآ أَخْرَجَ يَدَهُۥ لَمْ يَكَدْ يَرَىٰهَا ۗ وَمَن لَّمْ يَجْعَلِ ٱللَّهُ لَهُۥ نُورًا فَمَا لَهُۥ مِن نُّورٍ

    ʹAw kaz̤̣ulumaatiñ fee baḥril lujjiyyiñy yag̣shaahu mawjum miñ fawq̣ihee mawjum miñ fawq̣ihee saḥaab: z̤̣ulumaatum baʻḍuhaa fawq̣a baʻḍ: ʹiẓaaa ʹakhraja yadahoo lam yakad yaraahaa! wa-mal lam yajʻalil laahu lahoo noorañ famaa lahoo min noor!

    ނުވަތަ (އެކާފަރުންގެ عمل ގެ މިސާލަކީ) ފުންކަނޑެއްގައި ނުވަތަ ގަދަކަނޑެއްގައިވާ އަނދިރިތަކެއްގެ މިސާލެވެ. އެކަނޑު ނިވައިކޮށްލާވަރުގެ ރާޅެއްވެއެވެ. އަދި އެރާޅުމަތީގައި ރާޅުވެއެވެ. އަދި އެރާޅަށް އަނދިރިކޮށްލާވަރުގެ ވިލާގަނޑެއް އެރާޅުމަތީގައިވެއެވެ. އެއްއަނދިރި އަނެއް އަނދިރިގެމަތީގައިވާ އަނދިރި ތަކެކެވެ. (ވިލާގަނޑުގެ އަނދިރިޔާއި އޭގެ ދަށުގައިވާ ރާޅުގެ އަނދިރިޔާއި ދެން އޭގެ ދަށުގައިވާ ރާޅުގެ އަނދިރިޔާއި ކަނޑުގެ އަނދިރިޔާއި އަދި ރޭގަނޑުގެ އަނދިރިއެވެ.) • ދަންނައެވެ. މިމިސާލަކީވެސް كافر إنسان އާގެ عمل ތަކުގެ މިސާލެވެ. ގަދަކަނޑަކީ އޭނާގެ ހިތުގެ މިސާލެވެ. ރާޅުތަކުގެ މިސާލަކީ އޭނާގެ ހިތުގައިވާ ﷲ އާއިމެދު އޮތް جاهل ކަމާއި ޝައްކުތަކެވެ. ވިލާގަނޑުގެ މިސާލަކީ އޭނާގެ ހިތުގައިވާ ފާފައިގެ ބޯ ފަރުދާއާއި ދަބަރުތަކެވެ. އަދި ﷲ އޭނާގެ ހިތުގައި ޖައްސަވާފައިވާ ހެޔޮއެއްޗެއް ނުވަނުމުގެ ސިއްކައެވެ. والله أعلم.\nދެންފަހެ އެގަދަ އަނދިރީގައި އޭނާގެ ކޮނޑުހުޅުގައިވާ އަތް ބޭރަށް ނެރުނަސް އެއަތް ފެނުންވެސް އެކަށީގެން ނުވެއެވެ. ގާތްވެސް ނުވެއެވެ. އަދި ﷲ އެމީހަކަށް އަލިކަމެއް نور އެއް ދެއްވާފައިނުވާ މީހަކަށް އެއްވެސް نور އެއް އަލިކަމެއް ނުވެއެވެ. (ތެދުމަގުވެސް ހުރީ އެފަދައިންނެވެ. ﷲ ގެ حضرة ން މީހަކަށް ތެދުމަގެއްނުވާނަމަ އޭނާއަކަށް ތެދުމަގެއް ނުލިބޭނެއެވެ.)

  161. 24:41

    أَلَمْ تَرَ أَنَّ ٱللَّهَ يُسَبِّحُ لَهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱلطَّيْرُ صَـٰٓفَّـٰتٍ ۖ كُلٌّ قَدْ عَلِمَ صَلَاتَهُۥ وَتَسْبِيحَهُۥ ۗ وَٱللَّهُ عَلِيمٌۢ بِمَا يَفْعَلُونَ

    ʹAlam tara ʹannal laaha yusabbiḥu lahoo mañ fis samaawaati wal-ʹarḍi waṭ-ṭayru ṣaaaffaat? Kulluñ q̣ad ʻalima ṣalaatahoo wa-tasbeeḥah. Wallaahu ʻAleemum bimaa yafʻaloon.

    (އޭ رسول ﷲ އެވެ.) އުޑުތަކާއި ބިމުގައިވާހާ ތަކެތި ﷲ އަށް تسبيح ކިޔާކަން ކަލޭގެފާނަށް އެނގިވަޑައިގެން ނުވޭތޯއެވެ. އަދި މަތީގައި ސަފުސަފަށް އެތުރިފައިވާ ދޫނިތައްވެސް އެކަލާނގެއަށް تسبيح ކިޔައެވެ. އަދި އެ ކޮންމެއެއްޗެއް ކުރާނަމާދާއި ކިޔާ تسبيح އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެމީހުން ކުރާހާކަމެއް އެކަލާނގެ ދެނެވޮޑިގެންވެއެވެ.

  162. 24:42

    وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَإِلَى ٱللَّهِ ٱلْمَصِيرُ

    Wa-lillaahi mulkus samaawaati wal-ʹarḍ! wa-ʹilal laahil maṣeer.

    އަދި އުޑުތަކާއި ބިމުގައިވާ އެންމެހައި ތަކެތި އެކަލާނގެއަށް خاصّ ވެ مِلْكُ ވެގެންވެއެވެ. އަދި އެނބުރި ދިއުންވަނީ ހަމަ ﷲ ގެ حضرة އަށެވެ.

  163. 24:43

    أَلَمْ تَرَ أَنَّ ٱللَّهَ يُزْجِى سَحَابًا ثُمَّ يُؤَلِّفُ بَيْنَهُۥ ثُمَّ يَجْعَلُهُۥ رُكَامًا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَـٰلِهِۦ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍ فِيهَا مِنۢ بَرَدٍ فَيُصِيبُ بِهِۦ مَن يَشَآءُ وَيَصْرِفُهُۥ عَن مَّن يَشَآءُ ۖ يَكَادُ سَنَا بَرْقِهِۦ يَذْهَبُ بِٱلْأَبْصَـٰرِ

    ʹAlam tara ʹannal laaha yuzjee saḥaabañ s̤umma yuʹallifu baynahoo s̤umma yajʻaluhoo rukaamañ fataral wadq̣a yakhruju min khilaalih. Wa-yunazzilu minas samaaaʹi miñ jibaaliñ feehaa mim baradiñ fayuṣeebu bihee mañy yashaaaʹu wa-yaṣrifuhoo ʻam mañy yashaaaʹ. Yakaadu sanaa barq̣ihee yaẓhabu bil-ʹabṣaar.

    (އޭ رسول ﷲ އެވެ.) ހަމަކަށަވަރުން ﷲ تعالى ވިލާތައް ދަންމަވާގެންދަވާކަން ކަލޭގެފާނަށް އެނގިވަޑައިގެން ނުވޭތޯއެވެ. (އެކަން އެނގިވަޑައިގަންނަވާނެއެވެ.) ދެން އެކަލާނގެ އެވިލާތައް އެއްކުރައްވައި جمع ކުރައްވައި އެއްވިލާގަނޑު އަނެއްވިލާގަނޑު މައްޗަށްލައްވައި ބޮޑުފުނިވަރަކަށް ހައްދަވައިލައްވައެވެ. އަދި އެވިލާތަކުގެ ތެރެއިން ވާރޭފެން ނުކުންނާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އަދި އުޑުގައިވާ ގަނޑުފެން ފަރުބަދައަކުން އެކަލާނގެ ގަނޑުފެން ވެއްސަވައެވެ. (ނުވަތަ ފަރުބަދަވަރުގެ ގަނޑުފެން އެކަލާނގެ ވެއްސަވައެވެ.) ދެން އެކަލާނގެ އެދިވޮޑިގެންނެވި ބައެއްގެމައްޗަށް އެކަލާނގެ އެގަނޑުފެން ދިމާކުރައްވައެވެ. (ދިމާވެއްޖެ ބަޔަކާއި އެބައެއްގެ ތަކެތި ހަލާކުވެދެއެވެ.) އަދި އެކަލާނގެ އެދިވޮޑިގެންނެވި ބައެއްގެ ކިބައިން އެގަނޑުފެން ދުރުކުރައްވައެވެ. އަދި އެވިލާގަނޑުގެ ވިދުވަރުގެ އަލިކަމުން ލޯތައް ޖަހައިގަންނަހާ ވަރުވެއެވެ.

  164. 24:44

    يُقَلِّبُ ٱللَّهُ ٱلَّيْلَ وَٱلنَّهَارَ ۚ إِنَّ فِى ذَٰلِكَ لَعِبْرَةً لِّأُو۟لِى ٱلْأَبْصَـٰرِ

    Yuq̣allibul laahul layla wannahaar: ʹinna fee ẓaalika laʻibratal liʹulil ʹabṣaar!

    ﷲ تعالى ރޭގަނޑާއި ދުވާލު ފުރޮޅުއްވައި ބަދަލުކުރައްވައެވެ. އެކަންކަމުގައި (އެބަހީ: ވިލާތައް އުފެއްދެވުމާއި ވާރޭވެއްސެވުމާއި އުޑުން ގަނޑުފެން ބާވައިލެއްވުމާއި ރޭދުވާ ބަދަލުކުރެއްވުމާއި މިމިކަންކަމުގައި) ހަމަކަށަވަރުންވެސް ވިސްނުމާއި ކަންކަމަށް فكر ކޮށްއުޅޭ އެކަމުގެ أهل ވެރިންނަށް عبرة ވާކަން ކަށަވަރެވެ. (نصيحة އާއި وعظ ވާކަން ކަށަވަރެވެ.)

  165. 24:45

    وَٱللَّهُ خَلَقَ كُلَّ دَآبَّةٍ مِّن مَّآءٍ ۖ فَمِنْهُم مَّن يَمْشِى عَلَىٰ بَطْنِهِۦ وَمِنْهُم مَّن يَمْشِى عَلَىٰ رِجْلَيْنِ وَمِنْهُم مَّن يَمْشِى عَلَىٰٓ أَرْبَعٍ ۚ يَخْلُقُ ٱللَّهُ مَا يَشَآءُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

    Wallaahu khalaq̣a kulla daaabbatim mim maaaʹ: faminhum mañy yamshee ʻalaa baṭnih; wa-minhum mañy yamshee ʻalaa rijlayn; wa-minhum mañy yamshee ʻalaaa ʹarbaʻ. Yakhluq̣ul laahu maa- yashaaaʹ; ʹinnal laaha ʻalaa kulli shayʹiñ Q̣adeer.

    އަދި ބިންމަތީ ހިނގާބިނގާވާ حركاة ތެރިވާ ކޮންމެ دَابَّة އެއް (ކޮންމެ مخلوق އެއް) ﷲ ހެއްދެވީ ފެނުންނެވެ. އެބަހީ: މަނިފޮދުވަރަކުންނެވެ. ދެންފަހެ އޭގެތެރޭގައި (ހަރުފަކަހަލަ) ބިންމަތީ ބަނޑުޖައްސައިގެން ދުވާ އެއްޗެތިވެއެވެ. އަދި (ދޫނިފަދައިން އިންސާނުންފަދައިން) ދެފައިމައްޗަށް ހިނގާތަކެތިވެއެވެ. އަދި އޭގެތެރޭގައި (ގެރިބަކަރިފަދައިން) ހަތަރެސްފައިމަތީގައި ހިނގާބިނގާވާތަކެތި ވެއެވެ. އަދި ﷲ އެކަލާނގެ އެދިވޮޑިގަންނަވާ އެއްޗެއް ހައްދަވައެވެ. އެއީ އެކަލާނގެ ކުޅަދުންވަންތަކަމެވެ.

  166. 24:46

    لَّقَدْ أَنزَلْنَآ ءَايَـٰتٍ مُّبَيِّنَـٰتٍ ۚ وَٱللَّهُ يَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ

    Laq̣ad ʹañzalnaaa ʹAayaatim mubayyinaat: wallaahu yahdee mañy yashaaaʹu ʹilaa Ṣiraaṭim Mustaq̣eem.

    އަދި (حقّ އާއި ތެދުމަގު) ބަޔާންކޮށްދޭ އާޔަތްތަކެއް يعني: دليل ތަކެއް ހަމަކަށަވަރުން ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ. އަދި ﷲ އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވައެވެ.

  167. 24:47

    وَيَقُولُونَ ءَامَنَّا بِٱللَّهِ وَبِٱلرَّسُولِ وَأَطَعْنَا ثُمَّ يَتَوَلَّىٰ فَرِيقٌ مِّنْهُم مِّنۢ بَعْدِ ذَٰلِكَ ۚ وَمَآ أُو۟لَـٰٓئِكَ بِٱلْمُؤْمِنِينَ

    Wa-yaq̣ooloona ʹaamannaa billaahi wa-bir-Rasooli wa-ʹaṭaʻnaa s̤umma yatawallaa fareeq̣um minhum mim baʻdi ẓaalik: wa-maaa ʹulaaaʹika bil-Muʹmineen.

    އަދި އެމީހުން - يعني: މުނާފިގުންގެ މީހުން - ބުނެއެވެ. އަހުރެމެން ﷲ އަށާއި رسول އާއަށް އީމާންވެއްޖައީމެވެ. އަދި އަހުރެމެން (އެދެފަރާތަށް) ކިޔަމަންތެރިވެސް ވެއްޖައީމެވެ. ދެން އޭގެފަހުގައި (އެބަހީ: އެހެން އެމީހުން ބުނުމަށްފަހު) އެމީހުންގެތެރެއިން އެއްބައިގަނޑެއް އެނބުރި ފުރަގަސްދެނީއެވެ. (އެބުނިބަސް ދޮގުކުރަނީއެވެ.) އަދި އެމީހުން އެއީ مؤمن ންކަމުގައި ނުވެއެވެ.

  168. 24:48

    وَإِذَا دُعُوٓا۟ إِلَى ٱللَّهِ وَرَسُولِهِۦ لِيَحْكُمَ بَيْنَهُمْ إِذَا فَرِيقٌ مِّنْهُم مُّعْرِضُونَ

    Wa-ʹiẓaa duʻooo ʹilal laahi wa-Rasoolihee liyaḥkuma baynahum ʹiẓaa fareeq̣um minhum muʻriḍoon.

    އަދި އެމީހުންގެމެދުގައި (ވާ مسألة އެއްގައި) حكم ކުރުމަށް ﷲ އާއި އެކަލާނގެ رسول އާގެ ފަރާތަށް - (އެބަހީ: قرآن އާއި سنّة ގައިވާގޮތަށްހެދުމަށް) އެމީހުންނަށް ގޮވިއްޖެއްޔާއި އެހައިރުން އޭގެ އެއްބަޔަކު އެނބުރި ފުރަގަސްދެއެވެ. (އެގޮތަށް އެއްބަސްނުވެއެވެ.)

  169. 24:49

    وَإِن يَكُن لَّهُمُ ٱلْحَقُّ يَأْتُوٓا۟ إِلَيْهِ مُذْعِنِينَ

    Wa-ʹiñy yakul lahumul ḥaq̣q̣u yaʹtooo ʹilayhi muẓʻineen.

    އަދި އެކަމަކު (مسألة ގައި) އެމީހުންނަށް حقّ އޮތިއްޔާ އެމީހުނަށް كامياب ވާގޮތަށް އޮތިއްޔާ ކިޔަމަންތެރިކަމާއި އަވަސްކަމާއިއެކު އެކަލޭގެފާނުންގެ އަރިހަށް އާދެއެވެ.

  170. 24:50

    أَفِى قُلُوبِهِم مَّرَضٌ أَمِ ٱرْتَابُوٓا۟ أَمْ يَخَافُونَ أَن يَحِيفَ ٱللَّهُ عَلَيْهِمْ وَرَسُولُهُۥ ۚ بَلْ أُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ

    ʹAfee q̣uloobihim maraḍun ʹamir taabooo ʹam yakhaafoona ʹañy yaḥeefal laahu ʻalayhim wa-Rasooluh? Bal ʹulaaaʹika humuz̤̣ z̤̣aalimoon.

    އަޅެފަހެ އެމީހުންގެ ހިތްތަކުގައި ބައްޔެއްވަނީހެއްޔެވެ؟ نِفَاق ކަމާއި شَكُّ ގެ ބައްޔެއްވަނީހެއްޔެވެ؟ ނުވަތަ އެމީހުން (އެކަލޭގެފާނުންގެ نبي ކަމާއިމެދު) ޝައްކުވީހެއްޔެވެ؟ ނުވަތަ ﷲ އާއި އެކަލާނގެ رسول އާ އެމީހުންގެމައްޗަށް އަނިޔާވެރިވެދާނެކަމަށް އެމީހުން ބިރުވެތިވަނީހެއްޔެވެ؟ އަދި ކިއެއްހެއްޔެވެ؟ ކަނޑައެޅިގެން އެމީހުން އެއީ އަނިޔާވެރިންނެވެ.

  171. 24:51

    إِنَّمَا كَانَ قَوْلَ ٱلْمُؤْمِنِينَ إِذَا دُعُوٓا۟ إِلَى ٱللَّهِ وَرَسُولِهِۦ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا۟ سَمِعْنَا وَأَطَعْنَا ۚ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ

    ʹInnamaa kaana q̣awlal Muʹmineena ʹiẓaa duʻooo ʹilal laahi wa-Rasoolihee liyaḥkuma baynahum añy yaq̣ooloo ˹Samiʻnaa wa-ʹaṭaʻnaa:˺ wa-ʹulaaaʹika humul Mufliḥoon.

    مؤمن ންނަށް (ވާ مسألة އެއްގައި) އެމީހުންގެމެދުގައި حكم ކުރުމަށް ﷲ އާއި އެކަލާނގެ رسول އާގެ ފަރާތަށް (އެބަހީ: قرآن އާއި سنّة ގައިވާގޮތަށް) އެމީހުންނަށް ގޮވިއްޖެއްޔާ مؤمن ންގެ ބަހެއްކަމުގައިވާކަން ކަށަވަރީ އަހުރެމެން އަހައިފީމެވެ. އަދި އަހުރެމެން ކިޔަމަންތެރިވެއްޖައީމެވެ. މިހެން އެމީހުން ބުނުމެވެ. އަދި ކަނޑައެޅިގެން ކާމިޔާބުކުރާ މީހުންނަކީ އެއީއެވެ.

  172. 24:52

    وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ وَيَخْشَ ٱللَّهَ وَيَتَّقْهِ فَأُو۟لَـٰٓئِكَ هُمُ ٱلْفَآئِزُونَ

    Wa-mañy yuṭiʻil laaha wa-Rasoolahoo wa-yakhshal laaha wa-yattaq̣hi faʹulaaaʹika humul Faaaʹizoon.

    އަދި ﷲ އަށާއި އެކަލާނގެ رسول އާއަށް ކިޔަމަންތެރިވެ (އަދި ތިމާއަށް ކުރެވޭ ކުށަށް) ﷲ އަށް ބިރުވެތިވެ އަދި (އެކަލާނގެ عذاب އަށް) ބިރުވެތިވެއްޖެ މީހުން ދަންނައެވެ. އެމީހުން އެއީ ކަނޑައެޅިގެން ނަސީބުވެރިންނެވެ.

  173. 24:53

    ۞ وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ لَئِنْ أَمَرْتَهُمْ لَيَخْرُجُنَّ ۖ قُل لَّا تُقْسِمُوا۟ ۖ طَاعَةٌ مَّعْرُوفَةٌ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ

    Wa-ʹaq̣samoo billaahi jahda ʹaymaanihim laʹin ʹamartahum layakhrujunn. Q̣ul laa- tuq̣simoo; ṭaaʻatum maʻroofah; ʹinnal laaha khabeerum bimaa taʻmaloon.

    އަދި އެމީހުން (އެބަހީ: ﷲ އާއި އެކަލާނގެ رسول އާގެ حكم އަށް ފުރަގަސްދިންމީހުން) އެމީހުންގެ ގަދަ ހުވައިން ﷲ ގަންދީ ހުވާކުރިއެވެ. (އަދި ބުނެއެވެ. އޭ محمّد ގެފާނެވެ.) ހަނގުރާމައަށް ނުކުތުމަށް ކަލޭގެފާނު ހަމަ أمر ކުރައްވާއިރަށް ކަނޑައެޅިގެން އަހުރެމެން ނުކުންނަހުށީމެވެ. (އޭގެ جواب ގައި ﷲ އެ އަންގަވަނީ އޭ رسول ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެން އެފަދައިން ހުވާ ނުކުރާށެވެ. ކަލޭމެންގެ ތިޔަ ކިޔަމަންތެރިކަމަކީ އެންމެންދަންނަ އެންމެންގެތެރޭގައި مَعْرُوف ކިޔަމަންތެރި ކަމެކެވެ. (އެއީ ދޮގެވެ.) ހަމަކަށަވަރުން ކަލޭމެން ކުރާހާ ކަމެއްގެ خبر ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.

  174. 24:54

    قُلْ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ ۖ فَإِن تَوَلَّوْا۟ فَإِنَّمَا عَلَيْهِ مَا حُمِّلَ وَعَلَيْكُم مَّا حُمِّلْتُمْ ۖ وَإِن تُطِيعُوهُ تَهْتَدُوا۟ ۚ وَمَا عَلَى ٱلرَّسُولِ إِلَّا ٱلْبَلَـٰغُ ٱلْمُبِينُ

    Q̣ul ʹaṭeeʻul laaha wa-ʹaṭeeʻur Rasool: faʹiñ tawallaw faʹinnamaa ʻalayhi maa- ḥummila wa-ʻalaykum maa ḥummiltum. Wa-ʹiñ tuṭeeʻoohu tahtadoo. Wa-maa ʻalar Rasooli ʹillal Balaag̣ul mubeen.

    (އޭ رسول ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެން ﷲ އަށް ކިޔަމަންތެރިވާށެވެ. އަދި ކަލޭމެން رسول އާއަށް ކިޔަމަންތެރިވާށެވެ. ދެންފަހެ އެމީހުން އެނބުރި ފުރަގަސްދީފިއްޔާވެސް (ދަންނާށެވެ.) އެކަލޭގެފާނުންގެ މައްޗަށް އޮންނާނެކަން ކަށަވަރީ އެކަލޭގެފާނަށް އުފުލުމަށް حَوال ވެވުނު ކަންތަކެވެ. (އެއީ رسول ކަން އިއްވެވުމެވެ.) އަދި ކަލޭމެންގެ މައްޗަށް އޮންނާނީ ކަލޭމެނަށް އުފުލުމަށް حوال ވެވުނު ކަންތަކެވެ. (އެއީ އެކަލޭގެފާނު أمر ކުރެއްވި ކަންތައް ކުރުމާއި ނަހީކުރެއްވި ކަންތަކުން ދުރުވެގަތުމެވެ.) އަދި ކަލޭމެން އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއްޔާ ކަލޭމެނަށް ތެދުމަގު ލިބޭހުއްޓެވެ. އަދި (ﷲ أمر ކުރެއްވިފަދައަކުން) رسول ކަން އިއްވެވުން މެނުވީ رسول އާގެމައްޗަކަށް ނުވެއެވެ. (ކިޔަމަންތެރިވުން އޮންނާނީ މީސްތަކުންގެމައްޗަށެވެ.)

  175. 24:55

    وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَيَسْتَخْلِفَنَّهُمْ فِى ٱلْأَرْضِ كَمَا ٱسْتَخْلَفَ ٱلَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ ٱلَّذِى ٱرْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّنۢ بَعْدِ خَوْفِهِمْ أَمْنًا ۚ يَعْبُدُونَنِى لَا يُشْرِكُونَ بِى شَيْـًٔا ۚ وَمَن كَفَرَ بَعْدَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ

    Waʻadal laahul laẓeena ʹaamanoo miñkum wa-ʻamiluṣ ṣaaliḥaati layastakhlifannahum fil ʹarḍi kamastakh lafal laẓeena miñ q̣ablihim: wa-la-yumak-kinanna lahum deenahumul laẓir taḍaa lahum wa-la-yubaddi-lannahum mim baʻdi khawfihim ʹamnaa: yaʻbudoonanee laa- yushrikoona bee shayʹaa. Wa-mañ kafara baʻda ẓaalika faʹulaaaʹika humul fasiq̣oon.

    (އޭ މީސްތަކުންނޭވެ.) ކަލޭމެންގެ ތެރެއިން އީމާންވެގެން صالح عمل ކުރިމީހުން ބިމުގައި خَلِيْفَة ވެރިކުރުވާނެކަމަށް ﷲ (ކަލޭމެނަށް) وعد ކުރެއްވިއެވެ. އެއީ އިސްވެދިޔަ އެބާވަތުގެ މީހުންވެސް ބިމުގައި خليفة ވެރިކުރެއްވިފަދައިންނެވެ. އަދި އެމީހުންނަށްޓަކައި ﷲ ރުހިވޮޑިގަންނަވާ دين އެމީހުންނަށް އެކަލާނގެ ހަމަޖައްސަވައިދެއްވައި އަދި އެމީހުން ބިރުވެރިކަމަށްފަހު އަމާންކަމަށް އެކަލާނގެ އެމީހުން ބަދަލުކުރައްވާހުއްޓެވެ. އެއީ އެމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކޮށް އަދި ތިމަންރަސްކަލާނގެއާއި އެކައްޗަކާވެސް شريك ނުކޮށްތިބޭ حال ގައެވެ. އަދި އޭގެފަހުގައި ކާފަރުވެއްޖެ މީހުން ދަންނައެވެ. ކަނޑައެޅިގެން އެމީހުންނަކީ فاسق ންނެވެ. ކިޔަމަނުން ނުކުމެގެންވާ މީހުންނެވެ.

  176. 24:56

    وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱلرَّسُولَ لَعَلَّكُمْ تُرْحَمُونَ

    Wa-ʹaq̣eemuṣ Ṣalaata wa-ʹaatuz Zakaata wa-ʹaṭeeʻur Rasoola laʻallakum turḥamoon.

    (އޭ މީސްތަކުންނޭވެ.) ކަލޭމެން ނަމާދު قائم ކުރާށެވެ. (وقت ން وقت އަށް އެންގެވިގޮތަށް ކުރާށެވެ. فائِتُ ނުކުރާށެވެ.) އަދި ކަލޭމެން ޒަކާތްދޭށެވެ. އަދި ކަލޭމެން رسول އާއަށް ކިޔަމަންތެރިވާށެވެ. އެއީ ކަލޭމެންނަށް رحمة ލެއްވުމުގެ أمّيد ގައެވެ.

  177. 24:57

    لَا تَحْسَبَنَّ ٱلَّذِينَ كَفَرُوا۟ مُعْجِزِينَ فِى ٱلْأَرْضِ ۚ وَمَأْوَىٰهُمُ ٱلنَّارُ ۖ وَلَبِئْسَ ٱلْمَصِيرُ

    Laa- taḥsabannal laẓeena kafaroo muʻjizeena fil ʹarḍ: wa-maʹwaahumun Naar: wa-labiʹsal maṣeer!

    (އޭ رسول ﷲ އެވެ.) ކާފަރުންގެމީހުން ﷲ އަށް އަތުނުވެ ބިމުގައި އެކަލާނގެ ނުކުޅައްދައިލެވޭނެ ކަމަށް ކަލޭގެފާނު ހީފުޅުނުކުރައްވާ ހުށިކަމެވެ. އެމީހުންގެ ތަނަކީ (قيامة ދުވަހު) ހަމަ ނަރަކައެވެ. އެއީ ހަމަކަށަވަރުން ވަރަށްވެސް ނުބައި ތަނެކެވެ.

  178. 24:58

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لِيَسْتَـْٔذِنكُمُ ٱلَّذِينَ مَلَكَتْ أَيْمَـٰنُكُمْ وَٱلَّذِينَ لَمْ يَبْلُغُوا۟ ٱلْحُلُمَ مِنكُمْ ثَلَـٰثَ مَرَّٰتٍ ۚ مِّن قَبْلِ صَلَوٰةِ ٱلْفَجْرِ وَحِينَ تَضَعُونَ ثِيَابَكُم مِّنَ ٱلظَّهِيرَةِ وَمِنۢ بَعْدِ صَلَوٰةِ ٱلْعِشَآءِ ۚ ثَلَـٰثُ عَوْرَٰتٍ لَّكُمْ ۚ لَيْسَ عَلَيْكُمْ وَلَا عَلَيْهِمْ جُنَاحٌۢ بَعْدَهُنَّ ۚ طَوَّٰفُونَ عَلَيْكُم بَعْضُكُمْ عَلَىٰ بَعْضٍ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَـٰتِ ۗ وَٱللَّهُ عَلِيمٌ حَكِيمٌ

    Yaaaʹayyuhal laẓeena ʹaamanoo liyastaʹẓiñkumul laẓeena malakat ʹaymaanukum wallaẓeena lam yablug̣ul ḥuluma miñkum s̤alaas̤a marraat: miñ q̣abli Ṣalaatil fajri waḥeena taḍaʻoona s̤iyaabakum minaz̤̣ z̤̣aheerati wa-mim baʻdi Ṣalaatil ʻIshaaaʹ; s̤alaas̤u ʻawraatil lakum: Laysa ʻalaykum wa-laa ʻalayhim junaaḥum baʻdahunn: ṭawwaafoona ʻalaykum baʻḍukum ʻalaa baʻḍ: kaẓaalika yubayyinul laahu lakumul ʹAayaat: wallaahu ʻAleemun Ḥakeem.

    އޭ އީމާންވެގެންވާ މީސްތަކުންނޭވެ. ކަލޭމެން ކަނައަތް މިލްކޮށްފައިވާމީހުން - (އެބަހީ: ކަލޭމެންގެ އަޅުން) ނާއި އަދި ކަލޭމެން މިނިވަނުންގެ ތެރެއިންވެސް بالغ ނުވެތިބި (ފުރާވަރު ގާތްވެފައިވާ) ކުޑަކުދިންވެސް ކަލޭމެން ތިބޭތަނަށް (ކޮޓަރިއަށް) ވަނުމަށް އިޒުނަ އެދޭހުށިކަމެވެ. ހުއްދަ ހޯދާހުށިކަމެވެ. އެއީ ތިންވަގުތެއްގައެވެ. ފުރަތަމަ ވަގުތަކީ: (1) ފަތިސްނަމާދުގެ ކުރި (2) ދެވަނައީ މެންދުރުގަނޑު ކަލޭމެން ހެދުން ބަހައްޓާ އޮށޯވެލާވަގުތު (3) ތިންވަނައީ عِشَاء ނަމާދުގެ ފަސް މިތިން ވަގުތެވެ. އެއީ ކަލޭމެނަށްވާ ތިން عورة އެވެ. (އެބަހީ: عورة كشف ވެދާފަދަ ތިންވަގުތެވެ.) އެތިންވަގުތު ފިޔަވައި ދެން އެއްބަޔެއްގެ ތެރެއަށް އަނެއްބަޔަކުގޮސް އުޅުމަކުން ކަލޭމެންގެ މައްޗަކަށްވެސް އަދި އެމީހުންގެމައްޗަކަށްވެސް (އެބަހީ: އަޅުންނާއި بَالِغُ ނުވާ ކުޑަކުދިންގެ މައްޗަކަށްވެސް) ކުށެއްނެތެވެ. އެހެނީ އެކުދިންނަކީ ކަލޭމެންގެތެރެއަށް ގޮސް އައިސްވާ ބައެކެވެ. ކަލޭމެންގެ އެއްބަޔަކު އަނެއްބައެއްގެ މައްޗަށް - އަނެއްބައެއްގެ ތެރެއަށްގޮސް އައިސްވާ ބައެކެވެ. ﷲ تعالى އެކަލާނގެ دين ގެ حكم ތަކާއި شريعة ގެ ކަންތައްތައް ކަލޭމެނަށް بيان ކޮށްދެއްވަނީ އެފަދައިންނެވެ. އަދި ﷲ އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.

  179. 24:59

    وَإِذَا بَلَغَ ٱلْأَطْفَـٰلُ مِنكُمُ ٱلْحُلُمَ فَلْيَسْتَـْٔذِنُوا۟ كَمَا ٱسْتَـْٔذَنَ ٱلَّذِينَ مِن قَبْلِهِمْ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَـٰتِهِۦ ۗ وَٱللَّهُ عَلِيمٌ حَكِيمٌ

    Wa-ʹiẓaa balag̣al ʹaṭfaalu miñkumul ḥu-lu-ma fal-yastaʹẓinoo kamas taʹẓanal laẓeena miñ q̣ablihim; kaẓaalika yubayyinul laahu lakum ʹAayaatih: wallaahu ʻAleemun Ḥakeem.

    އަދި ކަލޭމެންގެ (އެބަހީ: މިނިވަނުންގެ) ކުޑަކުދިން بالغ ވާ عمر އަށް އައިސް بالغ ވެއްޖެއްޔާ ކަލޭމެންގެގާތަށް ގޮސް އައިސްވުމަށް ބޮޑެތިމީހުންވެސް ހުއްދަ ހޯދައި އިޒުނަ ހޯދާފަދައިން ހުއްދަ ހޯދައި އިޒުނަ ހޯދާހުށިކަމެވެ. (އެއީ ހުރިހާ ވަގުތެއްގައެވެ.) ﷲ تعالى އެކަލާނގެ އާޔަތްތައް يعني: دين ގެ حكم ތައް ކަލޭމެނަށް بيان ކޮށްދެއްވަނީ އެފަދައިންނެވެ. އަދި ﷲ އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.

  180. 24:60

    وَٱلْقَوَٰعِدُ مِنَ ٱلنِّسَآءِ ٱلَّـٰتِى لَا يَرْجُونَ نِكَاحًا فَلَيْسَ عَلَيْهِنَّ جُنَاحٌ أَن يَضَعْنَ ثِيَابَهُنَّ غَيْرَ مُتَبَرِّجَـٰتٍۭ بِزِينَةٍ ۖ وَأَن يَسْتَعْفِفْنَ خَيْرٌ لَّهُنَّ ۗ وَٱللَّهُ سَمِيعٌ عَلِيمٌ

    Walq̣awaaʻidu minan nisaaaʹil laatee laa- yarjoona nikaahañ falaysa ʻalayhinna junaaḥun ʹañy yaḍaʻna s̤iyaabahunna g̣ayra mutabarrijaatim bizeenah: wa-ʹañy yastaʻfifna khayrul lahunn: wallaahu Sameeʻun ʻAleem.

    [އަދި] ފިރިންގެ ބޭނުމެއްނުވާ އަދިދަރިމައިން ކެނޑިފައިވާ ކާވެނީގެ މާބޮޑު އެދުމެއްނުވާ މުސްކުޅި އަންހެނުން އެކަނބަލުންގެ ބުރުގާގެމަތިން ވައްޓައިލާ ބޮޑުދިގުލިބާސް ނުލައި ބެހެއްޓުމަކުން އެކަނބަލުންނަކަށް ކުށެއްނެތެވެ. ނަމަވެސް އެއީ އެކަނބަލުންގެ ޒީނަތް ފައުޅުކުރުމަކާއި ނުލައެވެ. އަދި އެކަމަކު އެކަނބަލުން عفَّة ތެރިވުން އެކަނބަލުންނަށް ހެޔޮވެގެންވެއެވެ. (އެބަހީ: އެކަނބަލުންވެސް އެބޮޑު ދިގުލިބާސް ލައިގެން އާދައިގެ އަންހެނުންނެކޭ އެއްގޮތަށް ނިވައިވެ ރައްކާތެރިވުން މާހެޔޮވެގެންވެއެވެ.) އަދި ﷲ އީ (ތިޔަބައިމީހުން ދައްކާ ވާހަކަތަކާއި އަދި ހިތުގެތެރޭގައި ވަންހަނާކޮށްފައިވާ ކަންތައްވެސް) ދެނެވޮޑިގެންވާ އަދި އައްސަވާވޮޑިގެންވާ ކަލާނގެއެވެ.

  181. 24:61

    لَّيْسَ عَلَى ٱلْأَعْمَىٰ حَرَجٌ وَلَا عَلَى ٱلْأَعْرَجِ حَرَجٌ وَلَا عَلَى ٱلْمَرِيضِ حَرَجٌ وَلَا عَلَىٰٓ أَنفُسِكُمْ أَن تَأْكُلُوا۟ مِنۢ بُيُوتِكُمْ أَوْ بُيُوتِ ءَابَآئِكُمْ أَوْ بُيُوتِ أُمَّهَـٰتِكُمْ أَوْ بُيُوتِ إِخْوَٰنِكُمْ أَوْ بُيُوتِ أَخَوَٰتِكُمْ أَوْ بُيُوتِ أَعْمَـٰمِكُمْ أَوْ بُيُوتِ عَمَّـٰتِكُمْ أَوْ بُيُوتِ أَخْوَٰلِكُمْ أَوْ بُيُوتِ خَـٰلَـٰتِكُمْ أَوْ مَا مَلَكْتُم مَّفَاتِحَهُۥٓ أَوْ صَدِيقِكُمْ ۚ لَيْسَ عَلَيْكُمْ جُنَاحٌ أَن تَأْكُلُوا۟ جَمِيعًا أَوْ أَشْتَاتًا ۚ فَإِذَا دَخَلْتُم بُيُوتًا فَسَلِّمُوا۟ عَلَىٰٓ أَنفُسِكُمْ تَحِيَّةً مِّنْ عِندِ ٱللَّهِ مُبَـٰرَكَةً طَيِّبَةً ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَـٰتِ لَعَلَّكُمْ تَعْقِلُونَ

    Laysa ʻalal ʹaʻmaa ḥarajuñw walaa ʻalal ʹaʻraji ḥarajuñw walaa ʻalal mareeḍi ḥarajuñw walaa ʻalaaa ʹañfusikum ʹañ taʹkuloo mim buyootikum ʹaw buyooti ʹaabaaaʹikum ʹaw buyooti ʹummahaatikum ʹaw buyooti ʹikhwaanikum ʹaw buyooti ʹakhawaatikum ʹaw buyooti ʹaʻmaamikum ʹaw buyooti ʻammaatikum ʹaw buyooti ʹakhwaalikum ʹaw buyooti khaalaatikum ʹaw maa- malaktum mafaatiḥahooo ʹaw ṣadeeq̣ikum: laysa ʻalaykum junaaḥun ʹañ taʹkuloo jameeʻan ʹaw ʹashtaataa. Faʹiẓaa dakhaltum̃ buyootañ fasallimoo ʻalaaa ʹañfusikum taḥiyyatam min ʻiñdil laahi mubaarakatañ ṭayyibah. Kaẓaalika yubayyinul laahu lakumul ʹAayati laʻallakum taʻq̣iloon.

    ލޯއަނދިރި މީހާގެ މައްޗަކަށް ކުށެއް ނުވެއެވެ. އަދި ކޮރުމީހާގެ މައްޗަކަށް ވިޔަސް ކުށެއް ނުވެއެވެ. އަދި ބަލިމީހާގެ މައްޗަކަށްވިޔަސް ކުށެއް ނުވެއެވެ. އަދި ކަލޭމެންގެ އަމިއްލަ نفس ތަކަށްވިޔަސް ކަލޭމެންގެ ގެތަކުން ކެއުމަކުން ނުވަތަ ކަލޭމެންގެ ބަފައިންގެ ގެތަކުން ނުވަތަ ކަލޭމެންގެ މައިންގެ ގެއިން ނުވަތަ ކަލޭމެންގެ އެއްބަނޑު އެއްބަފާ ފިރިހެނާގެ ގެތަކުން، ނުވަތަ ކަލޭމެންގެ އެއްބަނޑު އެއްބަފާ އަންހެނުންގެ ގެތަކުން ނުވަތަ ކަލޭމެންގެ ބަފައިފުށުގެ ބޮޑުބޭބެގެ ގެތަކުން ނުވަތަ ކަލޭމެންގެ ބަފައިފުށުގެ ބޮޑުދައިތަގެ ގެތަކުން - ނުވަތަ ކަލޭމެންގެ މައިފުށުގެ ބޮޑުބޭބެއިންގެ ގެތަކުން - ނުވަތަ ކަލޭމެންގެ މައިފުށުގެ ބޮޑުދައިތައިންގެ ގެތަކުން - ނުވަތަ ކަލޭމެން އެމީހެއްގެ ތަޅުދަނޑިތައް މިލްކުކޮށްފައިވާ މީހާގެ ގެތަކުން - ނުވަތަ ކަލޭމެންގެ ރައްޓެހިންގެ ގެތަކުން - (މި މިގޭގެއިން އިސްވެދިޔަފަދައިން އަނދިރި މީހާއާއި ކޮރުމީހާއާއި ބަލިމީހާއާއި އަދި ކަލޭމެން) ކެއުމަކުން އެމީހުންނާއެކު އެއް مجلس ގައި ކެއުމަކުން ކުށެއްނެތެވެ. އަދި ކަލޭމެން އެންމެން ޕާޓީހަދައިގެން جماعة ގައި ނުވަތަ ވަކިވަކިން އެކަނިއެކަނި ކެއުމަކުންވެސް ކަލޭމެންގެ މައްޗަކަށް ކުށެއްނެތެވެ. ފަހެ ކަލޭމެން ގޭގެއަށް ވަންނަންޏާ ކަލޭމެންގެ އަމިއްލަ نفس ތަކަށްވެސް ސަލާމްކުރާށެވެ. އެއީ ﷲ ގެ حضرة ންވާ ބަރަކާތްތެރި ރަނގަޅު ސަލާމަކުންނެވެ. ﷲ تعالى އެކަލާނގެ އާޔަތްތައް (دين ގެ حكم ތައް) ކަލޭމެނަށް بيان ކޮށްދެއްވަނީ އެފަދައިންނެވެ. އެއީ ކަލޭމެން ވިސްނާ فكر ކޮށްހެދުމުގެ أمّيد ގައެވެ. ދަންނައެވެ. މިއާޔަތުގެ تفسير ގައި ވަރަށްބޮޑަށް علم ވެރިން إختلاف ވެފައިވެއެވެ. حُكُم مَنْسُوخ ވެފައިވާ އާޔަތެއްކަމުގައި ބުނުއްވާ ބޭކަލުންވެއެވެ. އަދި مَنْسُوخ ނުވާކަމުގައި ބުނުއްވާ ބޭކަލުންވެސް ވެއެވެ. އަދި މިއިން ކޮންމެ ބޭކަލެއްގެ ވާހަކައިގައި އެތައް رأى ތަކެއްވެއެވެ. ވީމާ އެކަން ހަނދާންކޮށްލީއެވެ.

  182. 24:62

    إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ وَإِذَا كَانُوا۟ مَعَهُۥ عَلَىٰٓ أَمْرٍ جَامِعٍ لَّمْ يَذْهَبُوا۟ حَتَّىٰ يَسْتَـْٔذِنُوهُ ۚ إِنَّ ٱلَّذِينَ يَسْتَـْٔذِنُونَكَ أُو۟لَـٰٓئِكَ ٱلَّذِينَ يُؤْمِنُونَ بِٱللَّهِ وَرَسُولِهِۦ ۚ فَإِذَا ٱسْتَـْٔذَنُوكَ لِبَعْضِ شَأْنِهِمْ فَأْذَن لِّمَن شِئْتَ مِنْهُمْ وَٱسْتَغْفِرْ لَهُمُ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

    ʹInnamal Muʹminoonal laẓeena ʹaamanoo billaahi wa-Rasoolihee wa-ʹiẓaa kaanoo maʻahoo ʻalaaa ʹamriñ jaamiʻil lam yaẓhaboo ḥattaa yastaʹẓinooh: ʹinnal laẓeena yastaʹẓinoonaka ʹulaaaʹikal laẓeena yuʹminoona billaahi wa-Rasoolih; faʹiẓas taʹẓanooka libaʻḍi shaʹnihim faʹẓal limañ shiʹta minhum wastag̣fir lahumul laah: ʹinnal laaha G̣afoorur Raḥeem.

    حَقِيْقَة ގައި مؤمن ންކަމުގައިވާކަން ކަށަވަރީ ﷲ އާއި އެކަލާނގެ رسول އާ ތެދުކުރާ މީހުންނެވެ. އެދެފަރާތަށް ފުރިހަމައަށް އީމާންވާ މީހުންނެވެ. އަދި އެމީހުންނަކީ (ހަނގުރާމަކުރުންފަދަ ކަމަކަށް مَشْوَرَة ކު ރުންފަދަ) އެންމެން ބައިވެރިވާ ޒާތުގެ ކަމެއްގައި އެކަލޭގެފާނުންގެ އަރިހުގައި ވަންޏާ އެކަލޭގެފާނުންގެ އަރިހުން ހުއްދަޔަށް އެދި އެކަމުގެ އިޒުނަލިބުމަށްފަހުގައި މެނުވީ (އެކަލޭގެފާނުންގެ އަރިހުން އަމިއްލަ އަމިއްލައަށް) ނުދާ މީހުންނެވެ. (އޭ رسول ﷲ އެވެ.) ހަމަކަށަވަރުން ކަލޭގެފާނުންގެ އަރިހުން އިޒުނައަށް އެދޭމީހުންނަކީ ކަނޑައެޅިގެން ﷲ އާއި އެކަލާނގެ رسول އާ ތެދުކުރާ މީހުންނެވެ. އެދެފަރާތަށް އީމާންވާ މީހުންނެވެ. ދެންފަހެ އެމީހުންގެ އަމިއްލަ ކޮންމެވެސްކަމަކަށް ދިއުމަށްޓަކައި އެމީހުން ކަލޭގެފާނުންގެ އަރިހުން އިޒުނައަށް އެދެފިއްޔާ އެމީހުންގެތެރެއިން އިޒުނަދެއްވުމަށް ކަލޭގެފާނަށް ފެނިވަޑައިގަންނަވާ މީހަކަށް އިޒުނަދެއްވާށެވެ. އަދި އެމީހުންގެ ފާފަފުއްސެވުންއެދި ﷲ ގެ حضرة ގައި ދަންނަވާށެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  183. 24:63

    لَّا تَجْعَلُوا۟ دُعَآءَ ٱلرَّسُولِ بَيْنَكُمْ كَدُعَآءِ بَعْضِكُم بَعْضًا ۚ قَدْ يَعْلَمُ ٱللَّهُ ٱلَّذِينَ يَتَسَلَّلُونَ مِنكُمْ لِوَاذًا ۚ فَلْيَحْذَرِ ٱلَّذِينَ يُخَالِفُونَ عَنْ أَمْرِهِۦٓ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ

    Laa- tajʻaloo duʻaaaʹar Rasooli baynakum kaduʻaaaʹi baʻḍikum̃ baʻḍaa: q̣ad yaʻlamul laahul laẓeena yatasallaloona miñkum liwaaẓaa: fal-yaḥẓaril laẓeena yukhalifoona ʻan ʹamriheee ʹañ tuṣeebahum fitnatun ʹaw yuṣeebahum ʻaẓaabun ʹaleem.

    (އޭ مؤمن ންނޭވެ.) ކަލޭމެންގެމެދުގައި ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް ގޮވާގޮތަށް އޭ محمّد ކިޔާފައި އެކަލޭގެފާނަށް ނުގޮވާށެވެ. (އަދި ކިޔެއްހެއްޔެވެ؟ ވަރަށް އަދަބުވެރިކަމާއިއެކު އޭ رسول ﷲ އެވެ. ނުވަތަ يَا نَبِيَّ الله މިފަދަގޮތްގޮތަށް ދަންނަވާށެވެ. ކަލޭމެންކުރެ އެކަލޭގެފާނުންގެ އަރިހުން ފިލަފިލައިގެން މީސްތަކުންގެ ފުރަގަހުން ދެމިގަނެގެން (އިޒުނަވެސް ނުހޯދައި) ދާމީހުން ﷲ ދެނެވޮޑިގެންވެއެވެ. ފަހެ އެކަލޭގެފާނުންގެ އަމުރުފުޅާ خلاف ވާމީހުން (ދަންނައެވެ.) އެމީހުންނަށް فِتْنَة ވެރިކަމެއް ޖެހިދާނެކަމުގެ ނުވަތަ އެމީހުންނަށް ވޭންދެނިވި عذاب އެއް ޖެހިދާނެކަމަށް ބިރުވެތިވާ ހުށިކަމެވެ. • ދަންނައެވެ. މިއާޔަތުގައި ނަންގަނެވިގެންމިވާ فِتْنَة އަކީ أَبُوجَعْفَرُ الطَّبَرِى ވިދާޅުވާގޮތުގައި ކާފަރުކަމެވެ. އެބަހީ: އެކަލޭގެފާނުންގެ އަމުރުފުޅާއި خلاف ވާމީހުން ކާފަރުވެދާނެކަމަށް ބިރުގަންނާށެވެ. ނުވަތަ ވޭންދެނިވި عذاب އެއް އަތުވެދާނެކަމަށް ބިރުގަންނާށެވެ. والله أعلم.

  184. 24:64

    أَلَآ إِنَّ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ قَدْ يَعْلَمُ مَآ أَنتُمْ عَلَيْهِ وَيَوْمَ يُرْجَعُونَ إِلَيْهِ فَيُنَبِّئُهُم بِمَا عَمِلُوا۟ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌۢ

    ʹAlaaa ʹinna lillaahi maa- fis samaawaati wal-ʹarḍ. Q̣ad yaʻlamu maaa ʹañtum ʻalayh: wa-yawma yurjaʻoona ʹilayhi fayunabbiʹuhum̃ bimaa ʻamiloo: wallaahu bikulli shayʹin ʻAleem.

    (އޭ މީސްތަކުންނޭވެ.) އުޑުތަކާއި ބިމުގައިވާހާ އެއްޗެއް މިލްކުވެ خاصّ ވެގެންވަނީ ﷲ އަށްކަމުގައި ކަލޭމެން ދަންނާށެވެ. (އެކަލާނގެއަށް ކިޔަމަންތެރިވުމާއި ނުވުމުގެ ގޮތުން) ކަލޭމެންވާގޮތެއް ކަލޭމެން ތިބިގޮތެއް ﷲ ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެ حضرة އަށް މީސްތަކުން އެނބުރި رجوع ވާދުވަހު އެކަލާނގެ އެމީހުންކުރި ހުރިހާކަމެއްގެ خبر ދެއްވާނެއެވެ. އަދި ﷲ އީ ހުރިހާކަމެއް އަދި ހުރިހާއެއްޗެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.

  185. Surah Al-FurqanBegins here at 25:1

  186. 25:1

    تَبَارَكَ ٱلَّذِى نَزَّلَ ٱلْفُرْقَانَ عَلَىٰ عَبْدِهِۦ لِيَكُونَ لِلْعَـٰلَمِينَ نَذِيرًا

    Tabaarakal laẓee nazzalal Furq̣aana ʻalaa ʻAbdihee liyakoona lilʻaalameena naẓeeraa;

    އެކަލާނގެ އަޅާގެމައްޗަށް قرآن ބާވައިލެއްވި ކަލާނގެ (މަތިވެރި ﷲ) بركاة ވަންތަވެވޮޑިގެންވެއެވެ. (އެބަހީ: އެކަލާނގެ ދެއްވުންތަކާ خيرات يعني: ހެޔޮތައް ގިނަގުނަވެގެންވެއެވެ.) އެއީ އެކަލާނގެ އަޅާ عَالَمْ ތަކަށް نَذِيْر އަކު ކަމުގައި ވުމަށްޓަކައެވެ. އެބަހީ: إنْذَار ކުރައްވާ ބޭކަލަކު ކަމުގައިވުމަށްޓަކައެވެ. އެއަޅާ އެއީ محمّد ﷺ އެވެ.

  187. 25:2

    ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُۥ شَرِيكٌ فِى ٱلْمُلْكِ وَخَلَقَ كُلَّ شَىْءٍ فَقَدَّرَهُۥ تَقْدِيرًا

    ʹAllaẓee lahoo mulkus samaawaati walʹarḍi wa-lam yattakhiẓ waladañw walam yakul lahoo shareekuñ fil mulki wa-khalaq̣a kulla shayʹiñ faq̣addarahoo taq̣deeraa.

    އެކަލާނގެއީ (އެބަހީ: قرآن ބާވައިލެއްވި ކަލާނގެއީ) އެކަލާނގެއަށް އުޑުތަކާއި ބިމުގެ ވެރިކަން (އަދި އެންމެހައިތަކެތި) މިލްކުވެ خاصّ ވެގެންވާ ކަލާނގެއެވެ. އަދި އެކަލާނގެ އެއްވެސް ދަރިކަލަކު ނުހިއްޕަވައެވެ. إختيار ނުކުރައްވައެވެ. އަދި އެކަލާނގެ ވެރިކަމާއި مِلْكِيَّة ގައި އެކަލާނގެއާއި ބައިވެރިވާ އެއްވެސް އެހެން ފަރާތެއް ނުވެއެވެ. އަދި ކޮންމެ އެއްޗެއްވެސް ހެއްދެވީ ހަމަ އެކަލާނގެއެވެ. އަދި ކޮންމެ އެއްޗެއް އެކަލާނގެ تقدير ކުރެއްވިއެވެ. (އެބަހީ: ކޮންމެއެއްޗަކަށްވެސް އެއެއްޗަކަށް ހަމަޖެހޭ ރަނގަޅު صُلْحَ ވެރިގޮތުގައި ހައްދަވާ ބަރާބަރުކުރެއްވިއެވެ.

  188. 25:3

    وَٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةً لَّا يَخْلُقُونَ شَيْـًٔا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنفُسِهِمْ ضَرًّا وَلَا نَفْعًا وَلَا يَمْلِكُونَ مَوْتًا وَلَا حَيَوٰةً وَلَا نُشُورًا

    Wattakhaẓoo miñ dooniheee ʹaalihatal laa yakhluq̣oona shayʹañw wahum yukhlaq̣oona wa-laa yamlikoona liʹañfusihim ḍarrañw walaa nafʻañw walaa yamlikoona Mawtañw Walaa Ḥayaatañw Walaa Nu-Shooraa.

    އަދި އެމީހުން (އެބަހީ: مشرك ންގެމީހުން) އެކަލާނގެ ފިޔަވައި އެހެން إله ންތަކެއް ހިފައި إختيار ކުރީއެވެ. އެ إله ންތައް އެއްވެސް އެއްޗެއް ނުހައްދަވައެވެ. އަދި އެތަކެއްޗަކީ ހެއްދެވިގެންވާ ތަކެއްޗެވެ. مَخْلُوق ންނެވެ. (خالق އެއްނޫނެވެ.) އަދި އެތަކެތި އެތަކެތީގެ އަމިއްލަ نفس އަށްވެސް އެއްވެސް އުނދަގުލެއް ދިނުމެއްވިޔަސް އަދި مَنْفَع އެއް ލިބިގަތުމެއްވިޔަސް މިލްކުވެގެން ނުވެއެވެ. އަދި އެއްޗެއް މަރައިލުމެއްވެސް އަދި އެއްޗެއް ދިރުވުމެއްވެސް (މަރެއް އަދި حياة އެއް) އެތަކެއްޗަށް މިލްކުވެގެން ނުވެއެވެ. އަދި މީސްތަކުން محشر އަށް ފޮނުވުމެއްވެސް އެތަކެއްޗަށް مِلْكُ ވެގެން ނުވެއެވެ. މިފަދަ ތަކެއްޗަށް އަޅުކަންކުރުން ހުއްދަވާނީ ކޮންފަދައަކުންހެއްޔެވެ؟

  189. 25:4

    وَقَالَ ٱلَّذِينَ كَفَرُوٓا۟ إِنْ هَـٰذَآ إِلَّآ إِفْكٌ ٱفْتَرَىٰهُ وَأَعَانَهُۥ عَلَيْهِ قَوْمٌ ءَاخَرُونَ ۖ فَقَدْ جَآءُو ظُلْمًا وَزُورًا

    Wa-q̣aalal laaẓeena kafarooo ʹin haaẓaaa ʹillaaa ʹifkunif taraahu wa-ʹaʻaanahoo ʻalayhi q̣awmun ʹaakharoona faq̣ad jaaaʹoo z̤̣ulmañw wazooraa.

    އަދި ކާފަރުވީ މީސްތަކުން ބުންޏެވެ. މި قرآن އަކީ އެކަލޭގެފާނު يعني: محمّد ގެފާނު އަމިއްލަފުޅަށް އުފައްދައިގެން އުޅޭ ދޮގުވާހަކައެއްކަމުގައި މެނުވީ ނުވެއެވެ. އަދި އެކަމަށް އެކަލޭގެފާނަށް އެހީވެ ވާގިވެރިވީ އެހެން ބައެކެވެ. (އެއީ يهودي ންނެވެ.) މިގޮތުން މިބައިމީހުން އެފަދަ ދޮގުވާހަކަތައް އެއުފައްދައި ހަދަނީ ހަމަ އަނިޔާވެރިކަމާއި ދޮގުހެދުމުގެ ގޮތުންނެވެ. (قرآن އަކީ އެއްވެސް مَخْلُوقُ އަކަށް ހެދޭނެއެއްޗެއްނޫނެވެ.)

  190. 25:5

    وَقَالُوٓا۟ أَسَـٰطِيرُ ٱلْأَوَّلِينَ ٱكْتَتَبَهَا فَهِىَ تُمْلَىٰ عَلَيْهِ بُكْرَةً وَأَصِيلًا

    Wa-q̣aalooo ʹasaaṭeerul ʹawwaleenak tatabahaa fahiya tumlaa ʻalayhi bukratañw waʹaṣeelaa.

    އަދި އެމީހުން يعني: مشرك ންގެ މީހުން - ބުންޏެވެ. (މި قرآن އަކީ) އިސްވެދިޔަ މީހުން ދައްކާފައިވާ އެއްވެސް އަސްލެއްނެތް ދޮގުވާހަކަތަކެކެވެ. އެވާހަކަތައް އެކަލޭގެފާނު ލިޔެހެދީއެވެ. ހެނދުނާއި ހަވީރު އެކަލޭގެފާނަށް ކިޔައިދެވިލައި ދެވެނީއެވެ. (އެކަންކުރަނީ يهودي ންނެވެ.)

  191. 25:6

    قُلْ أَنزَلَهُ ٱلَّذِى يَعْلَمُ ٱلسِّرَّ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ إِنَّهُۥ كَانَ غَفُورًا رَّحِيمًا

    Q̣ul ʹañzalahul laẓee yaʻlamus Sirra fis samaawaati wal-ʹarḍ: ʹinnahoo kaana G̣afoorar Raḥeemaa.

    (އޭ رسول ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. އެ قرآن އެބާވައިލައްވަނީ އުޑުތަކާއި ބިމުގައިވާ ސިއްރުތައް ދެނެވޮޑިގަންނަވާ ކަލާނގެއެވެ. ހަމަކަށަވަރުން ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލަކު ކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ. އެއީ މަތިވެރި މާތް ﷲ އެވެ.

  192. 25:7

    وَقَالُوا۟ مَالِ هَـٰذَا ٱلرَّسُولِ يَأْكُلُ ٱلطَّعَامَ وَيَمْشِى فِى ٱلْأَسْوَاقِ ۙ لَوْلَآ أُنزِلَ إِلَيْهِ مَلَكٌ فَيَكُونَ مَعَهُۥ نَذِيرًا

    Wa-q̣aaloo maa-li haaẓar Rasooli yaʹkuluṭ ṭaʻaama wa-yamshee fil ʹaswaaq̣? Law-Laaa ʹuñzila ʹilayhi malakuñ fayakoona maʻahoo naẓeeraa?

    އަދި އެމީހުން ބުންޏެވެ. މިއީ ކޮންކަހަލަ رسول އެއް ހެއްޔެވެ؟ އެކަލޭގެފާނުވެސް (އަހުރެމެން ފަދައިން) ކާތަކެތިކައެވެ. (އަދި އެކިއެކި ބޭނުމުގައި) ބާޒާރުގައި ހިންގަވައެވެ. (އަހުރެމެންނެކޭ ތަފާތެއް ނެތެވެ.) ފަހެ އެކަލޭގެފާނުންގެ އަރިހުގައި نَذِيْر އެއްގެގޮތުން (މީސްތަކުން ބިރުގެންނެވުމަށް) مَلاَئِكَة ބޭކަލަކު ނުފޮނުއްވީ ކީއްވެގެންބާވައެވެ؟ ނުވަތަ މަލާއިކަތް ބޭކަލަކު ފޮނުއްވާނެ ނަމައެވެ.

  193. 25:8

    أَوْ يُلْقَىٰٓ إِلَيْهِ كَنزٌ أَوْ تَكُونُ لَهُۥ جَنَّةٌ يَأْكُلُ مِنْهَا ۚ وَقَالَ ٱلظَّـٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا

    ʹAw yulq̣aaa ʹilayhi kañzun ʹaw takoonu lahoo jannatuñy yaʹkulu minhaa? Wa-q̣aalaz̤̣ z̤̣aalimoona ʹiñ tattabiʻoona ʹillaa rajulam mas-ḥooraa.

    ނުވަތަ އެކަލޭގެފާނުންގެ ބޭނުންތައް ފުއްދުމަށް ރަނާއި ރިހީގެ خَزَانَة އެއް ދެއްވޭނެ ނަމައެވެ. ނުވަތަ އެކަލޭގެފާނު އެއިން ފަރިއްކުޅުއްވާ ހެއްދެވުމަށް ބަގީޗާއެއް އެކަލޭގެފާނަށް ވާނެނަމައެވެ. އަދި (مؤمن ންނަށް) مشرك ންގެމީހުން ބުންޏެވެ. سِحْرُ ޖެހިފައިވާ މީހަކާމެނުވީ ކަލޭމެން تَبَع ވެގެންވާކަމުގައި ނުވެއެވެ.

  194. 25:9

    ٱنظُرْ كَيْفَ ضَرَبُوا۟ لَكَ ٱلْأَمْثَـٰلَ فَضَلُّوا۟ فَلَا يَسْتَطِيعُونَ سَبِيلًا

    ʹUñz̤̣ur kayfa ḍaraboo lakal ʹams̤aala faḍalloo falaa yastaṭeeʻoona sabeelaa!

    (އޭ رسول ﷲ އެވެ.) ކަލޭގެފާނަށް އެމީހުން އެމިސާލުޖަހައިލަނީ ކޮންފަދައަކުންކަން ނިކަން ދެކެބަލާށެވެ. (ކަލޭގެފާނަކީ سحر ޖެހިފައިވާ މީހަކުކަމުގައި ބުނެ އެނިންމައިލަނީއެވެ.) ފަހެ އެމީހުން މަގުފުރެދި ވާވަދެ އަވަދިވީއެވެ. އެހެންވެ ސީދާ حقّ ތެދުމަގަށް واصل ވުމަކަށް އެމީހުންނަށް ކުޅަދާނަވެގެން ނުވާނެއެވެ.

  195. 25:10

    تَبَارَكَ ٱلَّذِىٓ إِن شَآءَ جَعَلَ لَكَ خَيْرًا مِّن ذَٰلِكَ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ وَيَجْعَل لَّكَ قُصُورًۢا

    Tabaarakal laẓeee ʹiñ shaaaʹa jaʻala laka khayram miñ ẓaalika Jannaatin tajree miñ taḥtihal ʹanhaaru wa-yajʻal laka Q̣uṣooraa.

    ކަލޭގެފާނަށް އެއަށްވުރެ (އެބަހީ: އެމީހުން އެބުނާވަރަށްވުރެ) މާހެޔޮކަމެއްލެއްވި ކަލާނގެ ބަރަކާތްވަންތަވެވޮޑިގެންވެއެވެ. އެ ހެވަކީ އެތަންތާނގެ ދަށުން އާރުތައް ދެމިދެމިއޮންނަ ބަގީޗާތަކެވެ. (ސުވަރުގެއެވެ.) އަދި އެކަލާނގެ ކަލޭގެފާނަށް ގަނޑުވަރުތަކެއްލައްވާ ހުއްޓެވެ. އެއީ قيامة ދުވަހުން ކަލޭގެފާނަށްވާނޭ މަތިވެރި نعمة ތަކެވެ.

  196. 25:11

    بَلْ كَذَّبُوا۟ بِٱلسَّاعَةِ ۖ وَأَعْتَدْنَا لِمَن كَذَّبَ بِٱلسَّاعَةِ سَعِيرًا

    Bal kaẓẓaboo bis-Saaʻati wa-ʹaʻtadnaa limañ kaẓẓaba bis-Saaʻati Saʻeeraa:

    އަދި ކިއެއްހެއްޔެވެ؟ އެމީހުން - يعني: މުޝްރިކުން - قيامة ދުވަސް ދޮގުކުރީއެވެ. އަދި قيامة ދުވަސް ދޮގުކުރި މީހުންނަށް ތިމަންރަސްކަލާނގެ ނަރަކައެއް (އަލިފާނެއް) ތައްޔާރުކުރެއްވީމެވެ.

  197. 25:12

    إِذَا رَأَتْهُم مِّن مَّكَانٍۭ بَعِيدٍ سَمِعُوا۟ لَهَا تَغَيُّظًا وَزَفِيرًا

    ʹIẓaa raʹathum mim makaanim baʻeediñ samiʻoo lahaa tag̣ayyuz̤̣añw wazafeeraa.

    އެނަރަކައަށް އެމީހުން ދުރުހިސާބަކުން ފެނިއްޖެއްޔާވެސް އެސޮރު ރުޅިއަރައިގަނެގެން އެސޮރުގެ މޭމަތިން އެރުޅީގެއަޑު އެމީހުން އަހާނެއެވެ. އަދި އެސޮރު ނޭވައި ދަމައިގަންނައަޑުވެސް އެމީހުން އަހާނެއެވެ.

  198. 25:13

    وَإِذَآ أُلْقُوا۟ مِنْهَا مَكَانًا ضَيِّقًا مُّقَرَّنِينَ دَعَوْا۟ هُنَالِكَ ثُبُورًا

    Wa-ʹiẓaaa ʹulq̣oo minhaa makaanañ ḍayyiq̣am muq̣arraneena daʻaw hunaalika s̤ubooraa!

    އަދި ކަސްތަޅުއެޅެވިގެންވާ حَالُ (އަތްތައް ކަނދުރާއަށް ބަނދެވިގެންވާ حال) އެނަރަކައިގެ ހަނި އަދި ދަތިތާކަށް އެމީހުން އަޅައިލެވިއްޖެއްޔާ އެމީހުން އެތާނގައި ގޮވާނެއެވެ. " އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ."

  199. 25:14

    لَّا تَدْعُوا۟ ٱلْيَوْمَ ثُبُورًا وَٰحِدًا وَٱدْعُوا۟ ثُبُورًا كَثِيرًا

    Laa- tadʻul yawma s̤uboorañw waaḥidañw wadʻoo s̤uboorañ kas̤eeraa!

    (އެވަގުތު އެމީހުންނަށް އެންގެވޭނެއެވެ.) މިއަދު ކަލޭމެން ހަލާކުހުއްޓޭ އެންމެފަހަރަކު ނުގޮވާށެވެ. އަދި އެތައްއެތައްހަލާކެއް ހުއްޓޭ ކަލޭމެންގޮވާށެވެ.

  200. 25:15

    قُلْ أَذَٰلِكَ خَيْرٌ أَمْ جَنَّةُ ٱلْخُلْدِ ٱلَّتِى وُعِدَ ٱلْمُتَّقُونَ ۚ كَانَتْ لَهُمْ جَزَآءً وَمَصِيرًا

    Q̣ul ʹaẓaalika khayrun ʹam jannatul khuldil latee wuʻidal Muttaq̣oon? Kaanat lahum jazaaaʹañw wamaseeraa.

    (އޭ رسول ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. އަޅެފަހެ ހެޔޮވެގެންވަނީ އެނަރަކަހެއްޔެވެ؟ ނުވަތަ تقوى ވެރިންނަށް ދެއްވުމަށް وَعد ވެވިގެންވާ (ﷲ އެމީހުންނަށް ދެއްވާނެކަމަށް وعد ކުރައްވާފައިވާ جَنَّةُ الْخُلْد އެވެކިޔުނު (ދެމިތިބޭނޭ) ސުވަރުގެހެއްޔެވެ؟ އެތަން އެމީހުންނަށް އެވަނީ އެމީހުން ދުނިޔޭގައި ކުރި ހެޔޮ عمل އާއި ކިޔަމަންތެރިކަމުގެ ބަދަލެއްގެގޮތުންނެވެ. އަދި آخرة ގައި އެމީހުންގޮސް ތިބޭތަނެއްގެ ގޮތުންނެވެ.

  201. 25:16

    لَّهُمْ فِيهَا مَا يَشَآءُونَ خَـٰلِدِينَ ۚ كَانَ عَلَىٰ رَبِّكَ وَعْدًا مَّسْـُٔولًا

    Lahum feehaa maa- yashaaaʹoona khaalideen: kaana ʻalaa Rabbika waʻdam masʹoolaa.

    އެސުވަރުގޭގައި އެމީހުން އެދޭހާއެއްޗެއް އެމީހުންނަށްވެއެވެ. އެއީ އެމީހުން ދެމިތިބޭ حال ގައެވެ. އަދި އެކަމަކީ ކަލޭގެފާނުންގެ ربّ އަށް ސުވާލުވެވެނިވި وعد އެކެވެ. (مؤمن ންވަނީ ދުނިޔޭގައިތިބެގެން ސުވަރުގެދެއްވުމަށް ﷲ އަށް دعاء ކޮށް ދަންނަވާފައެވެ. އަދި آخرة ދުވަހުން އެސުވަރުގެދެއްވާނެކަމަށް ﷲ ވަނީ އެމީހުންނަށް އަންގަވާފައެވެ. والله أعلم)

  202. 25:17

    وَيَوْمَ يَحْشُرُهُمْ وَمَا يَعْبُدُونَ مِن دُونِ ٱللَّهِ فَيَقُولُ ءَأَنتُمْ أَضْلَلْتُمْ عِبَادِى هَـٰٓؤُلَآءِ أَمْ هُمْ ضَلُّوا۟ ٱلسَّبِيلَ

    Wa-Yawma yaḥshuruhum wa-maa yaʻbudoona miñ doonil laahi fayaq̣oolu ʹAʹañtum ʹaḍlaltum ʻibaadee haaaʹulaaaʹi ʹam hum ḍallus Sabeel?˺

    އަދި އެމީހުން - يعني: قيامة ދޮގުކުރިމީހުން - އެއްކުރެވޭދުވަހު محشر ކުރެވޭދުވަހު އަދި ﷲ ފިޔަވައި އެމީހުން އަޅުކަންކުރިތަކެއްޗާއި އެއްކުރެވޭދުވަހު އެކަލާނގެ އެތަކެއްޗަށް - އެބަހީ: ﷲ ފިޔަވައި އަޅުކަންވެވުނު ތަކެއްޗަށް - وحي ކުރައްވާނެއެވެ. ތިމަންރަސްކަލާނގެ މިތިބަ އަޅުންތައް މަގުފުރެއްދީ ކަލޭމެން ހެއްޔެވެ. ނުވަތަ އެމީހުން އަމިއްލައަށް ހަމަ މަގުފުރެދުނީހެއްޔެވެ؟

  203. 25:18

    قَالُوا۟ سُبْحَـٰنَكَ مَا كَانَ يَنۢبَغِى لَنَآ أَن نَّتَّخِذَ مِن دُونِكَ مِنْ أَوْلِيَآءَ وَلَـٰكِن مَّتَّعْتَهُمْ وَءَابَآءَهُمْ حَتَّىٰ نَسُوا۟ ٱلذِّكْرَ وَكَانُوا۟ قَوْمًۢا بُورًا

    Q̣aaloo ˹Subḥaanaka maa- kaana yambag̣ee lanaaa ʹan nattakhiẓa miñ doonika min ʹawliyaaaʹa wa-laakim mattaʻtahum wa-ʹaabaaaʹahum ḥattaa nasuẓ Ẓikr: wa-kaanoo q̣awmam booraa.

    އެތަކެތި ﷲ އަށް ދަންނަވާނެއެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތައެވެ. އިބަރަސްކަލާނގެ ފިޔަވައި އެހެން އެއްވެސް ސަހަރޯވެރިއަކު ولى އަކީ ހިފާ إختيار ކުރުމީ އަހުރެމެންނަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި އެހެންނަމަވެސް އިބަރަސްކަލާނގެ އެމީހުންނަށާއި އެމީހުންގެ ކާބަފައިންނަށް (މުދަލާއި صحّة ގެގޮތުން) މުހުލަތުދެއްވައި نعمة ތައްދެއްވީއެވެ. އެއީ އިބަރަސްކަލާނގެ رسول ންނަށް ބާވައިލެއްވި هداية އާ ތެދުމަގު އެމީހުން ހަނދާންނެތިއްޖައުމަށްދާންދެންނެވެ. އަދި އެމީހުން ވީ ހަލާކުވެގެންވާ ބަޔަކުކަމުގައެވެ. އެމީހުން މަގުފުރެދުނީ ހަމައެމީހުން އަމިއްލައަށެވެ.

  204. 25:19

    فَقَدْ كَذَّبُوكُم بِمَا تَقُولُونَ فَمَا تَسْتَطِيعُونَ صَرْفًا وَلَا نَصْرًا ۚ وَمَن يَظْلِم مِّنكُمْ نُذِقْهُ عَذَابًا كَبِيرًا

    Faq̣ad kaẓẓabookum̃ bimaa taq̣ooloona famaa tastaṭeeʻoona ṣarfañw walaa naṣraa. Wa-mañy yaz̤̣lim miñkum nuẓiq̣hu ʻAẓaabañ kabeeraa.

    (ދެންފަހެ ﷲ ފިޔަވައި އެތަކެއްޗަށް އަޅުކަންވެވުނު ތަކެތި އެތަކެއްޗަށް އަޅުކަންކުރި މީސްތަކުންގެ ކިބައިން ބަރީއަވެގަންނަ ވަގުތު ﷲ تعالى އެކާފަރުންނަށް وحي ކުރައްވާނެއެވެ. އޭ މިތިބަމީހުންނޭވެ.) ހަމަކަށަވަރުން ކަލޭމެން ތިޔަބުނާބަސްތައް އެތަކެތި ދޮގުކޮށްފިއެވެ. ފަހެ ކަލޭމެނަށް ﷲ ގެ حضرة ން އަތުވެދާނޭ عذاب އެއް އެހެންފަރާތަކަށް އަނބުރައިލުމަށް ކަލޭމެންނަކަށް ކުޅަދާނަ ނުވާނެއެވެ. (އަދި ކަލޭމެންގެ އަމިއްލަ نفس ތަކަށް) نصر އެއް ދިނުމަށްވެސް ކަލޭމެންނަށް ކުޅަދާނަ ނުވާނެއެވެ. އަދި ކަލޭމެންކުރެ شِرك ކޮށް نفس އަށް އަނިޔާވެރިވެއްޖެމީހާއަށް ތިމަންރަސްކަލާނގެ ބޮޑުވެގެންވާ عذاب އެއްގެ ރަހަދައްކަވާހުށީމެވެ.

  205. 25:20

    وَمَآ أَرْسَلْنَا قَبْلَكَ مِنَ ٱلْمُرْسَلِينَ إِلَّآ إِنَّهُمْ لَيَأْكُلُونَ ٱلطَّعَامَ وَيَمْشُونَ فِى ٱلْأَسْوَاقِ ۗ وَجَعَلْنَا بَعْضَكُمْ لِبَعْضٍ فِتْنَةً أَتَصْبِرُونَ ۗ وَكَانَ رَبُّكَ بَصِيرًا

    Wa-maaa ʹarsalnaa q̣ablaka minal mursaleena ʹillaaa ʹinnahum layaʹkuloonaṭ ṭaʻaama wa-yamshoona fil ʹaswaaq̣: wa-jaʻalnaa baʻḍakum libaʻḍiñ fitnah: ʹataṣbiroon? Wa-kaana Rabbuka Baṣeeraa.

    (އޭ رسول ﷲ އެވެ.) ކަލޭގެފާނުންގެ ކުރީގައި ތިމަންރަސްކަލާނގެ ފޮނުއްވި އެއްވެސް رسول ބޭކަލެއް އެބޭކަލަކު ކާނާ ފަރީނުކުޅުއްވައި އަދި އެކިބޭނުންފުޅުގައި ބާޒާރުގައި ނުހިންގަވާ އެއްވެސް ބޭކަލަކު ނުވެއެވެ. (އެބަހީ: ކޮންމެ ބޭކަލަކުވެސް ފަރިކުޅުއްވައި ބާޒާރުގައި ހިންގަވާ އުޅުއްވައެވެ.) އޭ މީސްތަކުންނޭވެ. ކަލޭމެން އެއްބަޔަކު ލެއްވީ އަނެއްބަޔަކަށްވާ إمتحان އެއް ކަމުގައެވެ. (އެބަހީ: އެއްބަޔަކަށް نبي ކަންދެއްވައި އަނެއްބަޔަކަށް ވެރިކަންދެއްވައި އަނެއްބަޔަކު މުއްސަނދިކުރައްވައި އަދި އަނެއްބަޔަކު فقير ންކަމުގައިލައްވައި ދެން މިހެންނެވެ..... ކޮންމެބަޔަކުވެސް އެބަޔަކަށް ދެވުނު އެއްޗަކަށް ރުހެއެވެ. محمّد ގެފާނަށް ދުނިޔެ ނުދެއްވައި نبي ކަންދެއްވުނީ މިގޮތުންނެވެ..... والله أعلم) ކަލޭމެން ކަލޭމެނަށް ދެވުނު ތަކެއްޗަށް ކެތްކުރާނޭހެއްޔެވެ؟ އަދި ކަލޭގެފާނުންގެ ربّ ވޮޑިގެންވަނީ އެއެންމެންގެ حال ތަކަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައެވެ.