Surah An-NamlBegins here at 27:56
-
27:56
۞ فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوٓا۟ أَخْرِجُوٓا۟ ءَالَ لُوطٍ مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ
Famaa kaana jawaaba q̣awmiheee ʹillaaa ʹañ q̣aalooo ʹakhrijooo ʹaala Looṭim miñ q̣aryatikum: ʹinnahum ʹunaasuñy yataṭahharoon!
(އެކަލޭގެފާނުންގެ އެބަސްފުޅުތަކުގެ ޖަވާބުގައި) އެ قوم ގެމީހުންގެ جواب އެއްކަމުގައިވީ އޭގެ އެއްބަޔަކު އަނެއްބަޔަކަށް މިފަދައިން ބުނުމެވެ. لوط ގެފާނުންގެ آل ން އަދި އެކަލޭގެފާނަށް تبع ވީ މީހުން ކަލޭމެން ރަށުން ނެރެލާށެވެ. ހަމަކަށަވަރުން އަހުރެމެންނަކީ އެބަހީ: އެރަށުގެ މީހުންނަކީ - (ނުބައިކަންތައްތަކުން) طاهر ވާ ބައެކެވެ.
-
27:57
فَأَنجَيْنَـٰهُ وَأَهْلَهُۥٓ إِلَّا ٱمْرَأَتَهُۥ قَدَّرْنَـٰهَا مِنَ ٱلْغَـٰبِرِينَ
Faʹañjaynaahu wa-ʹahlahooo ʹillam raʹatah: q̣addarnaahaa minal g̣aabireen.
ފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން (އެބަހީ لوطގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން (އެކަލޭގެފާނުންގެ އަނބިކަނބަލުން ފިޔަވައި) ތިމަންރަސްކަލާނގެ ސަލާމަތް ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އެކަމަނާއާއިމެދު މިންވަރުކުރެއްވީ ރަށުގެމީހުންނާއެކު އެމީހުންގެތެރޭގައި ހުންނަގޮތަށެވެ. (އެމީހުނާއެކު ހަލާކުވާގޮތަށެވެ.)
-
27:58
وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَسَآءَ مَطَرُ ٱلْمُنذَرِينَ
Wa-ʹamṭarnaa ʻalayhim maṭaraa: fasaaaʹa maṭarul muñẓareen!
އަދި ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް (ނުބައި) ވާރެއެއް ވެއްސެވީމެވެ. ފަހެ إنْذَار ކުރެވުނު މީހުންގެ ވާރޭ ނުބައިވެގެންވެއެވެ.
-
27:59
قُلِ ٱلْحَمْدُ لِلَّهِ وَسَلَـٰمٌ عَلَىٰ عِبَادِهِ ٱلَّذِينَ ٱصْطَفَىٰٓ ۗ ءَآللَّهُ خَيْرٌ أَمَّا يُشْرِكُونَ
Q̣ulil Ḥamdu lillaahi wa-Salaamun ʻalaa ʻibaadihil laẓeenaṣ ṭafaa. ʹAaallaahu khayrun ʻammaa yushrikoon?
(އޭ رسول ﷲ އެވެ!) އެންމެހައި تعريف އާއި ثناء އެއް ހުރީ ﷲ އަށެވެ. ކަލޭގެފާނު އެފަދައިން ވިދާޅުވާށެވެ. އަދި إختيار ކުރެވި خاصّ ކުރެވިގެންވާ ﷲ ގެ އަޅުތަކުންނަށް سلام ހުއްޓެވެ. (ކަލޭގެފާނު. ވިދާޅުވާށެވެ.) ހެޔޮވެގެންވަނީ ﷲ ހެއްޔެވެ؟ ނުވަތަ އެމީހުން އެ شرك ކޮށް ބައިވެރިކުރާ شريك ންތައް ހެއްޔެވެ؟
-
27:60
أَمَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَأَنزَلَ لَكُم مِّنَ ٱلسَّمَآءِ مَآءً فَأَنۢبَتْنَا بِهِۦ حَدَآئِقَ ذَاتَ بَهْجَةٍ مَّا كَانَ لَكُمْ أَن تُنۢبِتُوا۟ شَجَرَهَآ ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ بَلْ هُمْ قَوْمٌ يَعْدِلُونَ
ʹAmman khalaq̣as samaawaati wal-ʹarḍa wa-ʹañzala lakum minas samaaaʹi maaaʹaa? Faʹambatnaa bihee ḥadaaaʹiq̣a ẓaata bahjah: maa- kaana lakum ʹañ tumbitoo shajarahaa. ʹA-ʹilaahum maʻal laah? Bal hum q̣awmuñy yaʻdiloon.
ނުވަތަ (އަޅުކަން އެފަރާތަކަށް ކުރުން ހެޔޮވެގެންވަނީ އެއްވެސް منفع އެއް ނުދެވޭ އަދި އެއްވެސް ގެއްލުމެއްވެސް ނުދެވޭ ބުދުތަކަކަށް ހެއްޔެވެ؟) ނުވަތަ އުޑުތަކާއި ބިން ހައްދަވައި އަދި ކަލޭމެނަށްޓަކައި އުޑުން ފެން ބާވައިލެއްވި ކަލާނގެއަށް ހެއްޔެވެ؟ (އެކަލާނގެ وحي ކުރެއްވިއެވެ.) އަދި އެފެނުގެ ސަބަބުން ތިމަންރަސްކަލާނގެ ރީތިކަމާއި ފުރިހަމަކަމުގެ ވެރި ބަގީޗާތައް ހެއްދެވީމެވެ. އެބަގީޗާތަކުގައި ގަސްހެއްދެވުމަކީ އެއްގޮތަކަށްވެސް ކަލޭމެނަށް ވާނޭކަމެއްނޫނެވެ. ﷲ އާއިއެކު އެހެން إله އެއް ވޭހެއްޔެވެ؟ (ނުވާކަން ކަށަވަރެ) އަދި ކިޔެއްހެއްޔެވެ؟ އެމީހުންނަކީ حقّ މަގާއި ދުރުވެ މަގުފުރެދިފައިވާ ބައެކެވެ.
-
27:61
أَمَّن جَعَلَ ٱلْأَرْضَ قَرَارًا وَجَعَلَ خِلَـٰلَهَآ أَنْهَـٰرًا وَجَعَلَ لَهَا رَوَٰسِىَ وَجَعَلَ بَيْنَ ٱلْبَحْرَيْنِ حَاجِزًا ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ
ʹAmmañ jaʻalal ʹarḍa q̣araarañw wajaʻala khilaalahaaa ʹanhaarañw Wajaʻala lahaa rawaasiya wa-jaʻala baynal baḥrayni ḥaajizaa? ʹA-ʹilaahum ma ʻallaah? Bal ʹaks̤aruhum laa- yaʻlamoon.
ނުވަތަ (އަޅުކަން އެފަރާތަކަށް ކުރުން ހެޔޮވެގެންވަނީ) އެއްވެސް منفع އެއް އަދި ގެއްލުމެއްވެސް ނުދެވޭ ބުދުތަކަކަށްއްހެއްޔެވެ؟) ނުވަތަ ބިންގަނޑު قَرَار ކުރައްވައި ثابت ކުރެއްވި ކަލާނގެހެއްޔެވެ؟ އަދި އެކަލާނގެ އެބިމުގައި ކޯރުތައް ލައްވައި އޭގައި އެކަލާނގެ ވަރުގަދަ ފަރުބަދަތައް ލެއްވިއެވެ. އަދި (ލޮނުފެނުގެ ކަނޑާއި މީރުފެނުގެ ކަނޑާއި ދެކަނޑުގެ ދެމެދުގައި ދެކަނޑު މައްސުނިވެ މިކްސް ނުވުމަށްޓަކައި) ހުރަހެއްލެވިއެވެ. ﷲ އާއިއެކު އެހެން އެއްވެސް إله އަކުވޭހެއްޔެވެ؟ (ނުވާކަން ކަށަވަރެވެ.) އަދި ކިޔެއްހެއްޔެވެ؟ އެމީހުންކުރެ ގިނަމީހުންނަކަށް (ﷲ ގެ قدرة ތެރިކަމެއް އެއްކައުވަންތަކަމެއް) ނޭނގެއެވެ.
-
27:62
أَمَّن يُجِيبُ ٱلْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ ٱلسُّوٓءَ وَيَجْعَلُكُمْ خُلَفَآءَ ٱلْأَرْضِ ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ قَلِيلًا مَّا تَذَكَّرُونَ
ʹAmmañy yujeebul muḍ-ṭarra ʹiẓaa daʻaahu wa-yakshifus soooʹa wa-yajʻalukum khulafaaa ʹalʹarḍ? ʹA-ʹilaahum maʻal laah? Q̣aleelam maa taẓakkaroon!
ނުވަތަ (އަޅުކަން އެފަރާތަކަށްކުރުން ހެޔޮވެގެންވަނީ) އެއްވެސް منفع އެއް އަދި ގެއްލުމެއްވެސް ނުދެވޭ ބުދުތަކަކަށްހެއްޔެވެ؟) ނުވަތަ ކަންބޮޑުވެ ގޮތްހުސްވެގެންވާ މީހާ دعاء ކުރީމާ އެމީހާއަށް އިޖާބަދެއްވައި އަދި އުނދަގުލާއި ތުރާތައް ފިއްލަވާ ކަލާނގެއަށްހެއްޔެވެ؟ އަދިބިމުގެ خليفة އިންކަމުގައި އެކަލާނގެ ކަލޭމެން ލެއްވިއެވެ. ކަލޭމެން عبرة އާއި نصيحة ލިބިގަންނަނީ ހާދަހާވެސް މަދުންނެވެ.
-
27:63
أَمَّن يَهْدِيكُمْ فِى ظُلُمَـٰتِ ٱلْبَرِّ وَٱلْبَحْرِ وَمَن يُرْسِلُ ٱلرِّيَـٰحَ بُشْرًۢا بَيْنَ يَدَىْ رَحْمَتِهِۦٓ ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ تَعَـٰلَى ٱللَّهُ عَمَّا يُشْرِكُونَ
ʹAmmañy yahdeekum fee z̤̣ulumaatil barri wal-baḥri wa-mañy yursilur riyaaḥa bushram bayna yaday Raḥmatih? ʹAʹilaahum maʻal laah? Taʻaalal laahu ʻammaa yushrikoon!
ނުވަތަ (އަޅުކަން އެފަރާތަކަށް ކުރުން ހެޔޮވެގެންވަނ) އެއްވެސް منفع އެއް ނުދެވޭ އަދި ގެއްލުމެއްވެސް ނުދެވޭ ބުދުތަކަކަށްހެއްޔެވެ؟) ނުވަތަ އެއްގަމާއި ކަނޑުގެ އަނދިރިތަކުގައި ކަލޭމެނަށް ތެދުމަގުދައްކަވާ ކަލާނގެއަށްހެއްޔެވެ؟ އަދި އެކަލާނގެ رحمة ކަމުގައިވާ ވާރޭގެ ކުރިޔަށް ވައިފޮނުއްވަނީ ހަމަ އެކަލާނގެއެވެ. (އެއީވެސް ހަމަ ﷲ އެވެ.) ﷲ އާއިއެކު އެހެން إله އެއްވޭހެއްޔެވެ؟ (ނުވާކަން ކަށަވަރެވެ.) އެމީހުން އެކަލާނގެއާއި އެ شرك ކުރާތަކެތި ފިޔަވައި ﷲ މަތިވެރިވެވޮޑިގެންވެއެވެ.
-
27:64
أَمَّن يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ وَمَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ قُلْ هَاتُوا۟ بُرْهَـٰنَكُمْ إِن كُنتُمْ صَـٰدِقِينَ
ʹAmmañy yabdaʹul khalq̣a s̤umma yuʻeeduhoo wa-mañy yarzuq̣ukum minas samaaaʹi wal ʹarḍ? ʹA-ʹilaahum maʻallaah? Q̣ul haatoo burhaanakum ʹiñ kuñtum ṣaadiq̣een!
ނުވަތަ (އަޅުކަން އެފަރާތަކަށް ކުރުން ހެޔޮވެގެންވަނީ) އެއްވެސް منفع އެއް ނުދެވޭ އަދި އެއްވެސް ގެއްލުމެއްވެސް ނުދެވޭ ބުދުތަކަކަށްހެއްޔެވެ؟) ނުވަތަ ފައްޓަވައިގެން خلق ތަކުން ހައްދަވާ ކަލާނގެއަށްހެއްޔެވެ؟ ދެން އެކަލާނގެ އިރާދަކުރައްވައިފިއްޔާ އެކަލާނގެ خلق ތަކުން މަރުވުމަށްފަހު އަލުންވެސް ދިރުއްވައި إعاد ކުރައްވާނެއެވެ. އަދި އުޑާއި ބިމުން ކަލޭމެނަށް ރިޒުގުދެއްވަނީ ހަމަ އެކަލާނގެއެވެ. (އެއީވެސް ހަމަ ﷲ އެވެ.) ﷲ އާއިއެކު އެހެން إله އަކުވޭހެއްޔެވެ؟ (ނުވާކަން ކަށަވަރެވެ.) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. (އޭ مشرك ންނޭވެ. އިސްވެދިޔަ ބާވަތުގެ އެންމެހައި ކަމެއް ކުރައްވަނީ ﷲ ފިޔަވައި އެހެން ފަރާތަކުން ކަމުގައި ކަލޭމެން ބުނާނަމަ) އަދި ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ އެކަމުގެ މައްޗަށް دليل އާއި حجّة ނިކަން ގެނެސްބަލާށެވެ. (ނުގެނެވޭނެކަން ކަށަވަރެވެ.)
-
27:65
قُل لَّا يَعْلَمُ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ٱلْغَيْبَ إِلَّا ٱللَّهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
Q̣ul laa yaʻlamu mañ fis samaawaati wal-ʹarḍil g̣ayba ʹillal laah: wa-maa yashʻuroona ʹayyaana yubʻas̤oon.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމައެކަނި ﷲ އަށް މެނުވީ އުޑުތަކާއި އަދި ބިމުގައިވާ އެއްވެސްމީހަކަށް غَيْبُ ނޭނގެއެވެ. އަދި (ކަށްވަޅުތަކުން ނުކުމެ) محشر އަށް އެމީހުން ފޮނުވޭނީ ކޮންއިރަކުންކަން އެމީހުންނަށް إحْسَاس ވެސް ނުވާނެއެވެ. (غَيْبُ ގެ علم އަކީ ހަމައެކަނި ﷲ އަށް خاصّ އެއްޗެކެވެ. قيامة ވާނެ ވަގުތެއް އެނގުންވެސްވަނީ އޭގެތެރެއިންނެވެ.)
-
27:66
بَلِ ٱدَّٰرَكَ عِلْمُهُمْ فِى ٱلْـَٔاخِرَةِ ۚ بَلْ هُمْ فِى شَكٍّ مِّنْهَا ۖ بَلْ هُم مِّنْهَا عَمُونَ
Balid daaraka ʻilmuhum fil ʹAakhirah: bal hum fee shakkim minhaa; bal hum minhaa ʻamoon!
އަދި ކިއެއްހެއްޔެވެ؟ آخرة ދުވަހުން އެމީހުންގެ އެނގުން (آخرة އާއިމެދު އެނގުން) ފުރިހަމަވާނެއެވެ. އަދި ކިޔެއްހެއްޔެވެ؟ (ދުނިޔޭގައި) އެމީހުން އެވަނީ އެޔާމެދު يعني: آخرة އާއިމެދު - ޝައްކެއްގައެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުން އެވަނީ آخرة އާއިމެދު ކަނުވެފައެވެ. އެއްވެސް އެނގުމެއް ނެތެވެ.
-
27:67
وَقَالَ ٱلَّذِينَ كَفَرُوٓا۟ أَءِذَا كُنَّا تُرَٰبًا وَءَابَآؤُنَآ أَئِنَّا لَمُخْرَجُونَ
Wa-q̣aalal laẓeena kafarooo ʹa-ʹiẓaa kunnaa turaabañw waʹaabaaaʹunaaa ʹaʹinnaa lamukhrajoon?
އަދި ކާފަރުވީ މީސްތަކުން ބުންޏެވެ. އަހުރެމެންނާއި އަދި އަހުރެމެންގެ ކާބަފައިންވެސް މަރުވެ ގޮސް ބިމުހުރިވެއްޔަށްވުމަށްފަހު އަލުންދިރިގެން ފޮނުވޭނޭހެއްޔެވެ؟
-
27:68
لَقَدْ وُعِدْنَا هَـٰذَا نَحْنُ وَءَابَآؤُنَا مِن قَبْلُ إِنْ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ
Laq̣ad wuʻidnaa haaẓaa naḥnu wa-ʹaabaaaʹunaa miñ q̣ablu ʹin haaẓaaa ʹillaaa ʹasaaṭeerul ʹawwaleen.
ހަމަކަށަވަރުން އަހުރެމެންނަށާއި އަހުރެމެންގެ ކާބަފައިންނަށްވެސް ވަނީ (މީގެކުރީގައި) މިވާހަކަ وعد ކުރެވިފައެވެ. (އެއިން އެއްވެސް މީހަކު ދިރުނީއެއްނޫނެވެ.) މިވާހަކަތައް އަދި މި وعد ތައް އެއީ އިހުޒަމާނުގެ މީހުންގެ ދޮގު އަދި ތާކުންތާކު ނުޖެހޭ ވާހަކަތަކެއްކަމުގައި މެނުވީނުވެއެވެ.
-
27:69
قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُجْرِمِينَ
Q̣ul seeroo fil ʹarḍi fañz̤̣uroo kayfa kaana ʻaaq̣ibatul mujrimeen.
ކަލޭގެފާނު ވިދާޅުވާށެވެ! (އޭ މިތިބަ ދޮގުވެރިންނޭވެ!) ކަލޭމެން ބިމުގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް ހަދައިބަލާށެވެ! އަދި (އިސްވެދިޔަ) ނުބައިމީހުންގެ ފަހުކޮޅުވެގެން ދިޔައީ ކޮންފަދައަކުންތޯ ބަލައި އެޔާމެދު فكر ކޮށް عبرة حاصل ކޮށްބަލާށެވެ!
-
27:70
وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُن فِى ضَيْقٍ مِّمَّا يَمْكُرُونَ
Wa-laa taḥzan ʻalayhim wa-laa takuñ fee ḍayq̣im mimmaa yamkuroon.
އަދި ކަލޭގެފާނު އެމީހުންގެ މައްޗަށް ހިތާމަފުޅު ނުކުރައްވާށެވެ! އަދި އެމީހުން އެރާވާ ނުބައި ރޭވުންތަކާއިމެދު ހިތްޕުޅު ދަތިފުޅު ނުކުރައްވާށެވެ! (ﷲ تعالى އެމީހުންގެ މައްޗަށް ކަލޭގެފާނަށް نصر ދެއްވައި އެމީހުން ހަލާކު ކުރައްވާހުއްޓެވެ.)
-
27:71
وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ
Wa-yaq̣ooloona mataa haaẓal waʻdu ʹiñ kuñtum ṣaadiq̣een?
އަދި އެމީހުން ބުނެއެވެ. (އޭ مؤمن ންނޭވެ!) ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ ނިކަން ބުނެބަލާށެވެ! އަހުރެމެންނަށް ތިޔަ وعد ކުރެވޭ ކަންތައް (عذاب އައުން) ވާނީ ދެންކޮންއިރަކުންހެއްޔެވެ؟
-
27:72
قُلْ عَسَىٰٓ أَن يَكُونَ رَدِفَ لَكُم بَعْضُ ٱلَّذِى تَسْتَعْجِلُونَ
Q̣ul ʻasaaa ʹañy yakoona radifa lakum baʻḍul laẓee tastaʻjiloon!
އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެން އަވަސްވުމަށް ތިޔަ އެދޭ ބައެއް ކަންތައް ދާދިގާތުގައި ކަލޭމެނަށް އައުން އެކަށީގެންވެއެވެ. އަތުވެދާނެއެވެ.
-
27:73
وَإِنَّ رَبَّكَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَهُمْ لَا يَشْكُرُونَ
Wa-ʹinna Rabbaka la-Ẓoo faḍlin ʻalan naasi wa-laakinna ʹaks̤arahum laa- yashkuroon.
(އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނު رَبّ އެއީ މީސްތަކުންގެމައްޗަށް ނުހަނު އޯގާވަންތަ ކަލާނގެކަން ކަށަވަރެވެ. އަދި އެހެނެއްކަމަކު މީސްތަކުންކުރެ ގިނަމީހުން شكر ނުކުރެއެވެ.
-
27:74
وَإِنَّ رَبَّكَ لَيَعْلَمُ مَا تُكِنُّ صُدُورُهُمْ وَمَا يُعْلِنُونَ
Wa-ʹinna Rabbaka layaʻlamu maa- tukinnu ṣudooruhum wa-maa yuʻlinoon.
އަދި ހަމަކަށަވަރުން އެމީހުންގެ ހިތްތަކުގައި ވަންހަނާކުރާ ތަކެއްޗާއި އަދި އެމީހުން ފައުޅުކުރާތަކެތިވެސް ކަލޭގެފާނުންގެ رَبّ ދެނެވޮޑިގެންވާކަން ކަށަވަރެވެ.
-
27:75
وَمَا مِنْ غَآئِبَةٍ فِى ٱلسَّمَآءِ وَٱلْأَرْضِ إِلَّا فِى كِتَـٰبٍ مُّبِينٍ
Wa-maa min g̣aaaʹibatiñ fis samaaaʹi wal-ʹarḍi ʹillaa fee kitaabim mubeen.
އަދި އުޑާއި ބިމުގައި غَائب ވެ ވަންހަނާވެގެންވާ އެއްވެސް އެއްޗެއް އެއެއްޗަށް بَيان ވެގެންވާ ފޮތެއްގައި ނުވަތަ بيان ކޮށްދޭ ފޮތެއްގައިވާ މެނުވީ ނުވެއެވެ. (އެބަހީ: ހުރިހާ އެއްޗެއް ފޮތުގައި بَيَان ވެގެންވެއެވެ.)
-
27:76
إِنَّ هَـٰذَا ٱلْقُرْءَانَ يَقُصُّ عَلَىٰ بَنِىٓ إِسْرَٰٓءِيلَ أَكْثَرَ ٱلَّذِى هُمْ فِيهِ يَخْتَلِفُونَ
ʹInna haaẓal Q̣ur-ʹaana yaq̣uṣṣu ʻalaa Baneee ʹIsraaaʹeela ʹaks̤aral laẓee hum feehi yakhtalifoon.
އެކަންކަމާއިމެދު އެމީހުންކުރެ ގިނަމީހުން (يهودي ންނާއި نصارى އިންކުރެ ގިނަމީހުން) إختلافވެ ދެބަސްވާ ގިނަކަންތައްތަކުގެ بيان (حقّ ގޮތް) އެހެން ހުރިހާމީހުންނަށްވުރެބޮޑަށް بَني إسرائيل ންނަށް ހަމަކަށަވަރުންވެސް މި قرآن ބަޔާންކޮށްދެއްވައި ކިޔައިދެއެވެ.
-
27:77
وَإِنَّهُۥ لَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ
Wa-ʹinnahoo la-Hudañw wa-Raḥmatul lil-Muʹmineen.
އަދި ހަމަކަށަވަރުން އެ قرآن އަކީ مؤمن ންވާ ތެދުމަގެކެވެ. އަދި رحمة އެކެވެ.
-
27:78
إِنَّ رَبَّكَ يَقْضِى بَيْنَهُم بِحُكْمِهِۦ ۚ وَهُوَ ٱلْعَزِيزُ ٱلْعَلِيمُ
ʹInna Rabbaka yaq̣ḍee baynahum̃ bi-Ḥukmih: wa-Huwal ʻAzeezul ʻAleem.
(އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެމީހުންގެ މެދުގައި އެކަލާނގެ حكم ން حكم ކުރައްވައިނިޔާކުރައްވައެވެ. އަދި އެކަލާނގެއީ عزّة ވަންތަ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
27:79
فَتَوَكَّلْ عَلَى ٱللَّهِ ۖ إِنَّكَ عَلَى ٱلْحَقِّ ٱلْمُبِينِ
Fatawakkal ʻalal laah: ʹinnaka ʻalal Ḥaq̣q̣il mubeen.
ފަހެ ކަލޭގެފާނު ކަނޑައެޅިގެން ﷲ އަށް އިތުބާރުކުރައްވައި وكيل ކުރައްވާށެވެ! ހަމަކަށަވަރުން ކަލޭގެފާނު ވަނީ بيان ވެގެންވާ حقّ ގައެވެ.
-
27:80
إِنَّكَ لَا تُسْمِعُ ٱلْمَوْتَىٰ وَلَا تُسْمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوْا۟ مُدْبِرِينَ
ʹInnaka laa- tusmiʻul mawtaa wa-laa tusmiʻuṣ ṣummad duʻaaaʹa ʹiẓaa wallaw mudbireen.
ހަމަކަށަވަރުން މަރުވެފައިވާ މީހުންނަށް ކަލޭގެފާނަށް އިއްވައެއް ނުދެވޭނެއެވެ. (އެކަމުގެ ކުޅަދާނަކަމެއް ކަލޭގެފާނުންގެ ކިބައިގައި ނުވެއެވެ.) އަދި ބީރުންވެސް އެމީހުން (ނުއަހާންވެގެން) އެނބުރި ފުރަގަސްދީފައި ދަންޏަކާއި އެމީހުންނަށް وعظ އާއި نصيحة އިއްވައި ނުދެވޭނެއެވެ. އަންގައެއްވެސް ނުދެވޭނެއެވެ.
-
27:81
وَمَآ أَنتَ بِهَـٰدِى ٱلْعُمْىِ عَن ضَلَـٰلَتِهِمْ ۖ إِن تُسْمِعُ إِلَّا مَن يُؤْمِنُ بِـَٔايَـٰتِنَا فَهُم مُّسْلِمُونَ
Wa-maaa ʹañta bihaadil ʻumyi ʻañ ḍalaalatihim: ʹiñ tusmiʻu ʹillaa mañy yuʹminu biʹAayaatinaa fahum Muslimoon.
އަދި ލޯއަނދިރިމީހުން އެމީހުންގެ އެމަގުފުރެދުމުގެ އަނދިރިކަމުގައިވަނިކޮށް އެމީހުންނަށް ތެދުމަގު ދެއްކެވޭނެ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ. ތިމަންރަސްކަލާނގެއަށް އީމާންވެ ކިޔަމަންވެގެންވާޙާލު ތިމަންރަސްކަލާނގެ އާޔަތްތައް ތެދުކޮށް އެއާޔަތްތަކަށް إيمانވާ ބަޔަކަށް އިއްވައިދެވޭނޭ ބޭކަލަކު ކަމުގައި މެނުވީކަލޭގެފާނުވެއެވެ.
-
27:82
۞ وَإِذَا وَقَعَ ٱلْقَوْلُ عَلَيْهِمْ أَخْرَجْنَا لَهُمْ دَآبَّةً مِّنَ ٱلْأَرْضِ تُكَلِّمُهُمْ أَنَّ ٱلنَّاسَ كَانُوا۟ بِـَٔايَـٰتِنَا لَا يُوقِنُونَ
Wa-ʹiẓaa waq̣aʻal Q̣awlu ʻalayhim ʹakhrajnaa lahum Daaabbatam minal ʹarḍi tukal-limuhum ʹannan naasa kaanoo biʹAayaatinaa laa- yooq̣inoon.
އަދި އެމީހުންގެމައްޗަށް عذاب ގެ ނުވަތަ ކޯފާ حقّ ވެއްޖެއްޔާ އެމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ބިމުން دَابّة އެއް ނެރުއްވާހުށީމެވެ. ހަމަކަށަވަރުން މީސްތަކުން ތިމަންރަސްކަލާނގެ އާޔަތްތައް يقين ނުކުރާކަމުގައިވިއެވެ. (މި دَابّة ނުކުތުމަކީވެސް ތިމަންރަސްކަލާނގެ قدرة ތެރިކަމުގެ އެއްދަލީލެވެ.) والله أعلم.
-
27:83
وَيَوْمَ نَحْشُرُ مِن كُلِّ أُمَّةٍ فَوْجًا مِّمَّن يُكَذِّبُ بِـَٔايَـٰتِنَا فَهُمْ يُوزَعُونَ
Wa-Yawma naḥshuru miñ kulli ʹummatiñ fawjam mimmañy yukaẓẓibu biʹAayaatinaa fahum yoozaʻoon,
އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުންކުރެ ކޮންމެ أُمَّة އަކުންވެސް جماعَة އެއް ތިމަންރަސްކަލާނގެ محشر ކުރައްވާދުވަހުން އެކުރައްވާ ދުވަހުން، އެމީހުން ތިބޭހުށީ އޭގެ އެންމެކުރީ މީހާއާއިއެކު އެންމެފަހުމީހާވެސް ބަނދެވި ހައްޔަރުވެގެންނެވެ. (ވަކިނުވެވޭގޮތަށެވެ.)
-
27:84
حَتَّىٰٓ إِذَا جَآءُو قَالَ أَكَذَّبْتُم بِـَٔايَـٰتِى وَلَمْ تُحِيطُوا۟ بِهَا عِلْمًا أَمَّاذَا كُنتُمْ تَعْمَلُونَ
Ḥattaaa ʹiẓaa jaaaʹoo q̣aala ʹakaẓẓabtum̃ biʹAayaatee wa-lam tuḥeeṭoo bihaa ʻilman ʹammaaẓaa kuñtum taʻmaloon?
އެއެންމެން އަތުވެއްޖައުމަށްދާންދެންނެވެ. (ދެން އެއެންމެން އައިސް ހަމަވުމުން) އެކަލާނގެ وحي ކުރައްވާހުއްޓެވެ. ކަލޭމެން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރީހެއްޔެވެ؟ އެއާޔަތްތައް حقّ ގޮތުގައި ކަލޭމެންނަށް معرفة ނުވީހެއްޔެވެ؟ ނުވަތަ ކަލޭމެން (ދުނިޔޭގައި އުޅުނުއިރު) ކުރާކަމުގައިވީ ކޮންކަމެއްހެއްޔެވެ؟
-
27:85
وَوَقَعَ ٱلْقَوْلُ عَلَيْهِم بِمَا ظَلَمُوا۟ فَهُمْ لَا يَنطِقُونَ
Wa-waq̣aʻal Q̣awlu ʻalayhim̃ bimaa z̤̣alamoo fahum laa- yañṭiq̣oon.
އަދި އެމީހުން އަނިޔާވެރިވުމުގެ ސަބަބުން އެމީހުންގެމައްޗަށް عذاب (ނުވަތަ عذاب ގެ ބަސްފުޅު) حقّ ވެއްޖެއެވެ. ފަހެ އެމީހުން (އޭގެ އިދިކޮޅަށް حجّة އާއި ދަލީލުގެގޮތުން) ބަސްނުބުނާނެއެވެ.
-
27:86
أَلَمْ يَرَوْا۟ أَنَّا جَعَلْنَا ٱلَّيْلَ لِيَسْكُنُوا۟ فِيهِ وَٱلنَّهَارَ مُبْصِرًا ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يُؤْمِنُونَ
ʹAlam yaraw ʹannaa jaʻalnal Layla liyaskunoo feehi wan-Nahaara mubṣiraa? ʹInna fee ẓaalika laʹAayaatil liq̣awmiñy yuʹminoon!
އެމީހުން ހަމަކަށަވަރުން އެމީހުން އޭގައިހަމަހިމޭންވެ ތިބުމަށްޓަކައި ރޭގަނޑުލައްވައި އަދި (عملى މައިދާނުގައި حركاة ތެރިވެ އުޅުމަށް) ދުވާލު އެއީ އަލިކުރާއެއްޗެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވިކަން އެމީހުންނަށް ނޭގޭބާވަވައެވެ؟ (فكر ކޮށްނަހަދަނީބާވައެވެ.) ހަމަކަށަވަރުން އެކަންތަކުގައި - އެބަހީ: ރޭދުވާ ތަފާތުކޮށް އަދި ތަކުރާރުވާގޮތަށް ލެއްވުމުގައި - އީމާންވާ ބަޔަކަށް އަދި ތެދުކުރާ ބަޔަކަށް دليل އާ حجّة ވެއެވެ. (އެފަދަ ކަންތައްތައް އެހިންގަވާ ފަރާތަކަށް މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވުމަށް އުނދަގޫނުވާނެކަން އެނގެންވާނެއެވެ.
-
27:87
وَيَوْمَ يُنفَخُ فِى ٱلصُّورِ فَفَزِعَ مَن فِى ٱلسَّمَـٰوَٰتِ وَمَن فِى ٱلْأَرْضِ إِلَّا مَن شَآءَ ٱللَّهُ ۚ وَكُلٌّ أَتَوْهُ دَٰخِرِينَ
Wa-Yawma yuñfakhu fiṣ Ṣoori fafaziʻa mañ fis samaawaati wa-mañ fil ʹarḍi ʹillaa mañ shaaaʹal laah: wa-kullun ʹatawhu daakhireen.
އަދި ތާޅަފިލިފުމެލެއްވޭ ދުވަހުން ﷲ އިރާދަކުރެއްވި އަޅަކުމެނުވީ އުޑުތަކާއި ބިމުގައިވާހާ ބަޔަކު ހޭބަލިވެ މަރުވެގެން ހިނގައިދާނެއެވެ. އަދި އެންމެން (ފަހުން އަލުން ދިރިގެން) ނިކަމެތިވެ ދެރަވެގެންވާ حال ތިމަންރަސްކަލާނގެ حضرة އަށް އަންނަހުއްޓެވެ.
-
27:88
وَتَرَى ٱلْجِبَالَ تَحْسَبُهَا جَامِدَةً وَهِىَ تَمُرُّ مَرَّ ٱلسَّحَابِ ۚ صُنْعَ ٱللَّهِ ٱلَّذِىٓ أَتْقَنَ كُلَّ شَىْءٍ ۚ إِنَّهُۥ خَبِيرٌۢ بِمَا تَفْعَلُونَ
Wa-taral jibaala taḥsabuhaa jaamidatañw wahiya tamurru marras saḥaab: ṣunʻal laahil laẓeee ʹatq̣ana kulla shayʹ: innahoo khabeerum bimaa tafʻaloon.
(އޭ رسول ﷲ އެވެ!) ފަރުބަދަތައް އެހެން ހުންނައިރު އެފަރުބަދަތައް ހުއްޓިފައި ކޮޅަށްހުންނަކަމަށް ކަލޭގެފާނަށް ހީފުޅުވާނެއެވެ. އެކަމަކު ވިލާ ދުވާގޮތަށް އެފަރުބަދަތައްވެސް ދުވެއެވެ. حركاة ކުރެއެވެ. އެއީ ހުރިހާ ތަކެތިވެސް ބަރާބަރުކޮށް ފުރިހަމަކޮށް އަދި ހިމުންކޮށް ހައްދަވާ ކަލާނގެ ހެއްދެވުމެވެ. ހަމަކަށަވަރުން ކަލޭމެންކުރާހާކަމެއްގެ خبر އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ.
-
27:89
مَن جَآءَ بِٱلْحَسَنَةِ فَلَهُۥ خَيْرٌ مِّنْهَا وَهُم مِّن فَزَعٍ يَوْمَئِذٍ ءَامِنُونَ
Mañ jaaaʹa bil-ḥasanati falahoo khayrum minhaa; wa-hum miñ fazaʻiñy Yawmaʹiẓin ʹaaminoon.
ހެޔޮކަމަކާއިގެން އައިމީހާ - އެބަހީ: ހެޔޮ عمل ކޮށްފި މީހާއަށް އޭނާ އެކުރި عمل އަށްވުރެ މާހެޔޮދަރުމަޔާއި ثواب ހުންނަ ހުއްޓެވެ. އަދި އެމީހުން އެދުވަހުގެ يعني: قيامة ދުވަހުގެ ސިހުމާއި ބިރުވެރިކަމުން އަމާންވެގެންވެއެވެ.
-
27:90
وَمَن جَآءَ بِٱلسَّيِّئَةِ فَكُبَّتْ وُجُوهُهُمْ فِى ٱلنَّارِ هَلْ تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ
Wa-mañ jaaaʹa bissayyiʹati fakubbat wujoohuhum fin Naar: hal tujzawna ʹillaa maa- kuñtum taʻmaloon?
އަދި ނުބައިކަމާއިގެން އައިމީހާ އެބަހީ: ނުބައިކަންތައް ކުރިމީހާ ދަންނައެވެ. އެފަދަމީހުން (އެދުވަހުން) މޫނުތައް ވަތަށް ނަރަކައަށް އެއްލެވޭނެއެވެ. އަދި އެމީހުންނަށް އެންގެވޭނެއެވެ. ކަލޭމެން ދުނިޔޭގައިތިބިއިރު ކުރާކަމުގައިވީ ކަންތައްތަކަށް މެނުވީ - އޭގެ ސަބަބަންމެނުވީ ކަލޭމެންނަށް جزاء ލިބޭކަމުގައި ނުވެއެވެ. އެބަހީ - އެފަދަ عذاب ތިޔަލިބެނީ ދުނިޔޭގައި ތިބެގެން ކުރި ނުބައިކަންތައްތަކުގެ ސަބަބުންނެވެ.
-
27:91
إِنَّمَآ أُمِرْتُ أَنْ أَعْبُدَ رَبَّ هَـٰذِهِ ٱلْبَلْدَةِ ٱلَّذِى حَرَّمَهَا وَلَهُۥ كُلُّ شَىْءٍ ۖ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُسْلِمِينَ
ʹInnamaaa ʹumirtu ʹan ʹaʻbuda Rabba haaẓihil Baldatill aẓee ḥarramahaa wa-lahoo kullu shayʹiñw waʹumirtu ʹan ʹakoona minal Muslimeen,
(رسول ﷲ ﷺ حديث ކުރެއްވިއެވެ.) ތިމަންކަލޭގެފާނަށް أمر ވެވިގެންވާކަން ކަށަވަރީ މިރަށުގެވެރި (މި مكّة ގެވެރި) ربّ އަށް ތިމަންކަލޭގެފާނު އަޅުކަންކުރުމަށެވެ. އެކަލާނގެއީ އެރަށް حُرمة ތެރިކުރެއްވި ކަލާނގެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ ތިމަންކަލޭގެފާނު مسلم ންގެ ތެރެއިން ވުމަށެވެ. (إخلاص ތެރިކަމާއެކު ﷲ އަށް ކިޔަމަންތެރިވުމަށެވެ.)
-
27:92
وَأَنْ أَتْلُوَا۟ ٱلْقُرْءَانَ ۖ فَمَنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَقُلْ إِنَّمَآ أَنَا۠ مِنَ ٱلْمُنذِرِينَ
Wa-ʹan ʹatluwal Q̣ur-ʹaan: famanih tadaa faʹinnamaa yahtadee linafsih: wa-mañ ḍalla faq̣ul ʹinnamaaa ʹana minal muñẓireen.
(އަދި ތިމަންކަލޭގެފާނަށް أمر ވެވިގެންވަނީ) ތިމަންކަލޭގެފާނު قرآن ކިޔެވުމަށެވެ. (ފަހެ ތިމަންކަލޭގެފާނަށް تبع ވެ إيمان ވެ) ތެދުމަގު ލިބިގެންފިމީހާ ތެދުމަގު އެލިބިގަންނަނީ އެމީހާގެ އަމިއްލަ نفس އަށެވެ. އެކަމުގެ ހެވާ ލާބަހުރީ ހަމަ އެމީހާގެ نفس އަށެވެ. (އަދި ތިމަންކަލޭގެފާނު ދޮގުކޮށް) މަގުފުރެދިގެންފިމީހާ ދަންނައެވެ. އެމީހަކާމެދު ތިމަންކަލޭގެފާނަށް ގެއްލުމެއްނެތެވެ. ތިމަންކަލޭގެފާނު ވާކަން ކަށަވަރީ إنذَار ކުރައްވާ ބޭކަލަކު ކަމުގައެވެ. (މަގުފުރެދޭމީހެއްގެ މަގުފުރެދުމަކުން ތިމަންކަލޭގެފާނަކަށް އެއްވެސް ގެއްލުމެއްނެތެވެ.)
-
27:93
وَقُلِ ٱلْحَمْدُ لِلَّهِ سَيُرِيكُمْ ءَايَـٰتِهِۦ فَتَعْرِفُونَهَا ۚ وَمَا رَبُّكَ بِغَـٰفِلٍ عَمَّا تَعْمَلُونَ
Wa-q̣ulil Ḥamdu lillaahi sayureekum ʹAayaatihee fataʻrifoonahaa; wa-maa Rabbuka big̣aafilin ʻamaa taʻmaloon.
އަދި (الله وَحِي ކުރެއްވިއެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! އެންމެހައި حمد އާއި تعريف އެއް حقّ ވެގެންވަނީ ހަމަ ﷲ އަށެވެ. ނިކަންހުރެ އެކަލާނގެ (قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) دليل ތައް އެކަލާނގެ ކަލޭމެނަށް ދައްކަވާހުއްޓެވެ. ދެން އޭރުން (އެދަލީލުތަކާއި حجّة ތައް - އަދި ކަލޭމެނަށް ތިމަންކަލޭގެފާނު މިދޭ نصيحة ގެ حقيقة) ކަލޭމެނަށް އެނގިދާނެއެވެ. އަދި ކަލޭމެން ކުރާ ކަންތައްތައް ފިޔަވައި غافل ވެވޮޑިގެންވާ ކަލަކުކަމުގައި ކަލޭގެފާނުންގެ رَبّ ނުވެއެވެ.
Surah Al-QasasBegins here at 28:1
-
28:1
طسٓمٓ
Ṭaa-seeen-Meeem.
طسم މިއަކުރުތަކަކީ ބައެއް ސޫރަތް ފެށޭތާ ހުންނަ ވަކިއަކުރުފަދަ އަކުރުތަކެކެވެ. މިއަކުރުތަކުން އެދެވޭ މުރާދެއް ދެނެވޮޑިގަތުން خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ.
-
28:2
تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْمُبِينِ
Tilka ʹAayaatul Kitaabil mubeen.
މިއީ ބަޔާންވެގެންވާ ފޮތުގެ يعني: ކީރިތި قرآن ގެ އާޔަތްތަކެވެ.
-
28:3
نَتْلُوا۟ عَلَيْكَ مِن نَّبَإِ مُوسَىٰ وَفِرْعَوْنَ بِٱلْحَقِّ لِقَوْمٍ يُؤْمِنُونَ
Natloo ʻalayka min nabaʹi Moosaa wa-Firʻawna bil-Ḥaq̣q̣i liq̣awmiñy yuʹminoon.
(އޭ رسول ﷲ އެވެ!) موسى عليه السّلام އާއި އަދި فرعون ގެ خبر ކަލޭގެފާނަށް ތިމަންރަސްކަލާނގެ حقّ ގޮތުގައި ކިޔައިދެމެވެ. (މިފޮތް ތެދުކޮށް إيمان ވާ ބަޔަކަށް އެއީ ތެދެއްކަން އެނގޭނެއެވެ.)
-
28:4
إِنَّ فِرْعَوْنَ عَلَا فِى ٱلْأَرْضِ وَجَعَلَ أَهْلَهَا شِيَعًا يَسْتَضْعِفُ طَآئِفَةً مِّنْهُمْ يُذَبِّحُ أَبْنَآءَهُمْ وَيَسْتَحْىِۦ نِسَآءَهُمْ ۚ إِنَّهُۥ كَانَ مِنَ ٱلْمُفْسِدِينَ
ʹInna firʻawna ʻalaa fil ʹarḍi wa-jaʻala ʹahlahaa shiyaʻañy yastaḍʻifu ṭaaaʹifatam minhum yuẓabbiḥu ʹabnaaaʹahum wa-yastaḥyee nisaaaʹahum: ʹinnahoo kaana minal mufsideen.
ހަމަކަށަވަރުން فرعون (مصر ގެ ބިމުގައި) ބޮޑާވެ މަތިވެގެންފިއެވެ. އަދި އެރަށުގެ أهل ވެރިން އެކިއެކި فِرقة ތަކަކަށް ހަދައިލައިފިއެވެ. އަދި އޭގެތެރެއިން އެއް جَماعة އެއްގެމީހުން ނިކަމެތިކޮށްލައި އަޅުވެތިކޮށްލަނީއެވެ. އެއީ بَني إسرائيل އެވެ. އަދި އޭނާ އެމީހުންގެ ފިރިހެންދަރިން މަރައި އަންހެންދަރިން ނުމަރައި ދޫކުރެއެވެ. ހަމަކަށަވަރުން އޭނާވީ ފާސިދުންގެތެރެއިންނެވެ.
-
28:5
وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسْتُضْعِفُوا۟ فِى ٱلْأَرْضِ وَنَجْعَلَهُمْ أَئِمَّةً وَنَجْعَلَهُمُ ٱلْوَٰرِثِينَ
Wa-nureedu ʹan namunna ʻalal laẓeenas tuḍʻifoo fil ʹarḍi wa-najʻalahum ʹaʹimmatañw Wanajʻalahumul waaris̤een,
އަދި ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވަނީ ބިމުގައި ދެރަކޮށްލެވި ނިކަމެތިކޮށްލެވިފައިއެވާ މީހުންނަށް އޯގާވަންތަވެ އަދި ދަރުމަވަންތަވެރިވެވޮޑިގަތުމަށެވެ. އެމީހުންނަކީ بَني إسرائيل މީހުންނެވެ. އަދި ތިމަންރަސްކަލާނގެ އެމީހުން އެއީ إمام ންކަމުގައި ލައްވައި (ވެރިންކަމުގައި ލައްވައި) އަދި (فرعون އަށްފަހު) އެމީހުންނަކީ ބިންގަނޑުގެ ވާރުތަވެރިންކަމުގައި ލެއްވުމަށެވެ. (އެއީ مصر ގެ ބިންގަނޑެވެ.)
-
28:6
وَنُمَكِّنَ لَهُمْ فِى ٱلْأَرْضِ وَنُرِىَ فِرْعَوْنَ وَهَـٰمَـٰنَ وَجُنُودَهُمَا مِنْهُم مَّا كَانُوا۟ يَحْذَرُونَ
Wa-numakkina lahum fil ʹarḍi wa-nuriya Firʻawna wa-Haamaana wa-junoodahumaa minhum maa kaanoo yaḥẓaroon.
އަދި ތިމަންރަސްކަލާނގެ އެމީހުންނަށް (مصر އާއި شام ކަރައިގެ) ބިމުގައި ހަމަޖައްސަވައިދެއްވައި تَمْكِيْنُ ކޮށްދެއްވުމަށެވެ. އަދި فرعون އަށާއި هامان އަށާއި އަދި އެދެމީހުންގެ ސިފައިންނަށްވެސް އެމީހުން ބިރުން އެއުޅޭ ކަންތައް ދެއްކެވުމަށެވެ. (އެކަމަކީ بَني إسرائيل ގެތެރެއިން ފިރިހެން ކުއްޖަކު އުފެދި ބޮޑުވުމެވެ.)
-
28:7
وَأَوْحَيْنَآ إِلَىٰٓ أُمِّ مُوسَىٰٓ أَنْ أَرْضِعِيهِ ۖ فَإِذَا خِفْتِ عَلَيْهِ فَأَلْقِيهِ فِى ٱلْيَمِّ وَلَا تَخَافِى وَلَا تَحْزَنِىٓ ۖ إِنَّا رَآدُّوهُ إِلَيْكِ وَجَاعِلُوهُ مِنَ ٱلْمُرْسَلِينَ
Wa-ʹawḥaynaaa ʹilaaa ʹummi Moosaaa ʹan ʹarḍiʻeeh: faʹiẓaa khifti ʻalayhi faʹalq̣eehi fil yammi wa-laa takhaafee walaa taḥzanee: ʹinnaa raaaddoohu ʹilayki wa-jaaʻiloohu milnal mursaleen.
އަދި ތިމަންރަސްކަލާނގެ موسى عليه السّلام ގެ މަންމައަށް إلْهَام ކުރައްވައި އެންގެވީމެވެ. ކަމަނާ އެދަރިކަލުންނަށް ކިރުފޮދު އަރުއްވައިދެއްވާށެވެ! އަދިކަމަނާ އެދަރިކަލުންގެ މައްޗަށް (فرعون އާއި އޭނާގެ ސިފައިންގެ ފަރާތުން) ބިރުފުޅުގެން ވަޑައިގެންފިއްޔާ ކަމަނާ އެދަރިކަލުން ކަނޑަށް (ނީލަކޯރަށް) އެއްލަވާލައްވާށެވެ! އަދި ކަމަނާ (އެދަރިކަލުންނާމެދު) ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! އަދި ހިތާމަފުޅުވެސް ނުކުރައްވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ކަމަނާގެ އަރިހަށް އެދަރިކަލުން ރައްދުކޮށްދެއްވާނެ ކަލަކީމެވެ. އަދި އެކަލޭގެފާނު އެއީ رسول ބޭކަލުންގެ ތެރެއިންވާ ބޭކަލަކު ކަމުގައި ލައްވާނޭކަލަކީމެވެ. (ދެން އެކަމަނާ ފޮއްޓެއްހައްދަވައި އެދަރިކަލުން އެއަށް ލައްވައި ނީލަކޯރަށް ދޫކޮށްލެއްވިއެވެ.)
-
28:8
فَٱلْتَقَطَهُۥٓ ءَالُ فِرْعَوْنَ لِيَكُونَ لَهُمْ عَدُوًّا وَحَزَنًا ۗ إِنَّ فِرْعَوْنَ وَهَـٰمَـٰنَ وَجُنُودَهُمَا كَانُوا۟ خَـٰطِـِٔينَ
Faltaq̣aṭahooo ʹaalu Firʻawna liyakoona lahum ʻaduwwañw Waḥazanaa: ʹInna Firʻawna wa-Haamaana wa-junooda-humaa kaanoo khaaṭiʹeen.
ފަހެ فرعون ގެ آل ން (އޭނާގެ އެހީތެރިން) އެދަރިކަލުން ހޮވައިގެން ގެންނަވައިފިއެވެ. އެއީ އެމީހުންގެ عدوّ އަކަށާއި އަދި އެމީހުންނަށްވާ ހިތާމައެއްކަމުގައި ވުމަށްޓަކައެވެ. ހަމަކަށަވަރުން فرعون އާއި هَامان އާއި އަދި އެދެމީހުންގެ ސިފައިންވީ ކުށްވެރިންކަމުގައެވެ.
-
28:9
وَقَالَتِ ٱمْرَأَتُ فِرْعَوْنَ قُرَّتُ عَيْنٍ لِّى وَلَكَ ۖ لَا تَقْتُلُوهُ عَسَىٰٓ أَن يَنفَعَنَآ أَوْ نَتَّخِذَهُۥ وَلَدًا وَهُمْ لَا يَشْعُرُونَ
Wa-q̣aalatim raʹatu Firʻawna q̣urratu ʻaynil lee wa-lak: laa- taq̣tuloohu ʻasaaa ʹañy yañfaʻanaaa ʹaw nattakhiẓahoo waladañw wahum laa- yashʻuroon!
އަދި فرعون ގެ އަނބިކަނބަލުން (فرعون އަށް) ވިދާޅުވިއެވެ. (މިދަރިކަލުންނަކީ) އަހުރެންނާއި އަދި ކަލެއާއި ދެމީހުންގެ ލޮލުގެ ފިނިކަމެވެ. ހިތްހަމަޖެހުމެވެ. އޭނާ މަރައިނުލާށެވެ! އަހުރެމެނަށް مَنفع ކުރުން އެކަށީގެންވެއެވެ. ނުވަތަ އަހުރެމެންގެ ދަރިއެއްކަމުގައި އެދަރިކަލުން ގެންގުޅޭނީއެވެ. އަދި އެމީހުންނަށް إحساس ވެސް ނުވެއެވެ. އެބަހީ: އެކަލޭގެފާނާމެދު ﷲ ކަންތައް ގެންދަވާނީ ކިނިހެއްކަންވެސް އެމީހުންނަށް ރޭކައިވެސް ނުލައެވެ.
-
28:10
وَأَصْبَحَ فُؤَادُ أُمِّ مُوسَىٰ فَـٰرِغًا ۖ إِن كَادَتْ لَتُبْدِى بِهِۦ لَوْلَآ أَن رَّبَطْنَا عَلَىٰ قَلْبِهَا لِتَكُونَ مِنَ ٱلْمُؤْمِنِينَ
Wa-ʹaṣbaḥa fuʹaadu ʹummi Moosaa faarig̣aa: ʹiñ kaadat latubdee bihee law laaa ʹarrabaṭnaa ʻalaa q̣albihaa litakoona minal Muʹmineen.
އަދި موسى عليه السّلام ގެ މަންމާފުޅުގެ ހިތްޕުޅުމުޅިން (موسى عليه السّلام ގެ خيال ފިޔަވައި) އެހެން ހުރިހާ خيال އަކުން ހުސްވެއްޖެއެވެ. އެބަހީ: ހުރިހާ ވަގުތެއްގައިވެސް ވަނީ موسى عليه السّلام ގެ خيال އެވެ. ތިމަންރަސްކަލާނގެ އެކަމަނާގެ ހިތްޕުޅު ނުހިފެހެއްޓެވިނަމަ އެކަމަނާ އެކަލޭގެފާނުންގެ ވާހަކަ ފައުޅުކުރެއްވުން ގާތްވެގެންވިއެވެ. (އެހެން އެހެއްދެވީ) އެކަމަނާއަކީ (ތިމަންރަސްކަލާނގެ وعد ފުޅު) ތެދުކުރާމީހުންގެ ތެރެއިން މީހަކުކަމުގައި ވުމަށްޓަކައެވެ.
-
28:11
وَقَالَتْ لِأُخْتِهِۦ قُصِّيهِ ۖ فَبَصُرَتْ بِهِۦ عَن جُنُبٍ وَهُمْ لَا يَشْعُرُونَ
Wa-q̣aalat liʹukhtihee q̣uṣṣeeh. Fabaṣurat bihee ʻañ junubiñw wahum laa- yashʻuroon.
އަދި އެކަމަނާ (يعني: موسى عليه السّلام ގެ މަންމަ) އެކަލޭގެފާނުން يعني: موسى عليه السّلام ގެ أُخْتކަމަނާ އަށް ވިދާޅުވިއެވެ. ކަމަނާ ގޮސް އެދަރިކަލުންގެ އަސަރެއްވޭތޯ ބަލާށެވެ. އެދަރިކަލުންނަށް ވާގޮތެއް ބަލާށެވެ. ދެންފަހެ އެ أخت ކަމަނާ ދުރުދުރުގައި ހުރެގެން އެދަރިކަލުން ދެކެފިއެވެ. (އޭރު އެދަރިކަލުން ވަނީ فرعون ގެ ގަނޑުވަރުގައެވެ. އެދަރިކަލުންނަށް ކިރުދޭނެ މީހަކު ވޭތޯ ބަލަނީއެވެ!) އަދި އެކަމަނާއަކީ އެދަރިކަލުންގެ أخت ކަމެއް އެމީހުންނަށް ކުޑަކޮށްވެސް ނޭނގެއެވެ. إحساس ވެސް ނުވެއެވެ.
-
28:12
۞ وَحَرَّمْنَا عَلَيْهِ ٱلْمَرَاضِعَ مِن قَبْلُ فَقَالَتْ هَلْ أَدُلُّكُمْ عَلَىٰٓ أَهْلِ بَيْتٍ يَكْفُلُونَهُۥ لَكُمْ وَهُمْ لَهُۥ نَـٰصِحُونَ
wa-ḥarramnaa ʻalayhil maraaḍiʻa miñ q̣ablu faq̣aalat hal ʹadullukum ʻalaaa ʹahli baytiñy yakfuloonahoo lakum wa-hum lahoo naaṣiḥoon?...
އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ މަންމަގެ ކުރިން އެހެން އެއްވެސް ކިރުމައެއްގެ ކިރު އެކަލޭގެފާނަށް މަނާކުރެއްވީމެވެ. (އެކަލޭގެފާނު އެގަނޑުވަރުގައި ތިންދުވަސް ވީއިރުވެސް އެއްވެސް އަންހެނެއް ކިރު ނުބެއްލެވިއެވެ. މުޅި އެތަންމިތާނގެ ކިރުމައިން އައިސް އެކަމާ އުޅެއެވެ. އެއްގޮތެއްވެސް ނުވެއެވެ. ދެންފަހެ އެދަރިކަލުންގެ أخت ކަމަނާ އެތަނަށްގޮސް ދެންނެވިއެވެ. އެދަރިކަލުންނަށް ކިރުދީ އޭނާގެ ކަންތަކާއި حوال ވާފަދަ ގެއެއްގެ أهل ވެރި ބައެއްގެ ވާހަކަ އަހުރެން ކަލޭމެންގެ ގާތު ބުނަންހެއްޔެވެ؟ އަދި އެމީހުންވާނީ އެދަރިކަލުންނަށްޓަކައި نصيحة ތެރި إخلاص ތެރި ބަޔަކު ކަމުގައެވެ. (ދެންފަހެ އެކަމަނާ إشارة ކުރީ އެދަރިކަލުންގެ މަންމަގެ ފަރާތަށެވެ. އެކަމަކު އެއީ އެދަރިކަލުންގެ މަންމަކަމެއް އެމީހުންނަކަށް ނޭނގެއެވެ. ދެން މަންމަ ގެނުވައި އެކަމަނާ ކިރުދެއްވުމުން އެދަރިކަލުން ކިރުފޮދު ހިތްޕެވިއެވެ. ދެން އެދަރިކަލުންނަށް ކިރުދެއްވުމަށާއި އެދަރިކަލުން ބެލެހެއްޓުމަށް أُجُوْر ދެއްވާފައި މަންމައާއި حوال ކުރެއްވީއެވެ. އެއަށް إشارة ކުރައްވައި ދެން މިއަންނަ އާޔަތުގައި وحي ކުރެއްވިއެވެ.
-
28:13
فَرَدَدْنَـٰهُ إِلَىٰٓ أُمِّهِۦ كَىْ تَقَرَّ عَيْنُهَا وَلَا تَحْزَنَ وَلِتَعْلَمَ أَنَّ وَعْدَ ٱللَّهِ حَقٌّ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
Faradadnaahu ʹilaaa ʹummihee kay taq̣arra ʻaynuhaa wa-laa taḥzana wa-litaʻlama ʹanna waʻdal laahi ḥaq̣q̣uñw walaakinna ʹaks̤arahum laa- yaʻlamoon.
ދެންފަހެ ތިމަންރަސްކަލާނގެ އެދަރިކަލުން އެދަރިކަލުންގެ މަންމައަށް ރައްދުކޮށްދެއްވީމެވެ. އެއީ އެކަމަނާގެ ލޮލަށް ފިނިކަން ގެނައުމަށެވެ. އަދި އެކަމަނާ ހިތާމަ ނުކުރުމަށެވެ. އަދި ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ حقّ ތެދުކަން އެކަމަނާ ދެނެގަތުމަށްޓަކައެވެ. އަދި އެހެނެއްކަމަކު އެމީހުންކުރެ ގިނަމީހުންނަކަށް އެކަމެއް ނޭނގެއެވެ.
-
28:14
وَلَمَّا بَلَغَ أَشُدَّهُۥ وَٱسْتَوَىٰٓ ءَاتَيْنَـٰهُ حُكْمًا وَعِلْمًا ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ
Wa-lammaa balag̣a ʹashuddahoo wastawaaa ʹaataynaahu ḥukmañw waʻilmaa: wa-kaẓaalika najzil Muḥsineen.
އަދި އެކަލޭގެފާނުގެ ގައިކޮޅުގެ ބާރުފުޅުގަދަ ޒުވާންކަން ފުރާފުރިހަމަވާ ހިސާބަށް ދިއުމުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދީނުގެ فقه ވެރިކަމާއި علم ދެއްވީމެވެ. އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
-
28:15
وَدَخَلَ ٱلْمَدِينَةَ عَلَىٰ حِينِ غَفْلَةٍ مِّنْ أَهْلِهَا فَوَجَدَ فِيهَا رَجُلَيْنِ يَقْتَتِلَانِ هَـٰذَا مِن شِيعَتِهِۦ وَهَـٰذَا مِنْ عَدُوِّهِۦ ۖ فَٱسْتَغَـٰثَهُ ٱلَّذِى مِن شِيعَتِهِۦ عَلَى ٱلَّذِى مِنْ عَدُوِّهِۦ فَوَكَزَهُۥ مُوسَىٰ فَقَضَىٰ عَلَيْهِ ۖ قَالَ هَـٰذَا مِنْ عَمَلِ ٱلشَّيْطَـٰنِ ۖ إِنَّهُۥ عَدُوٌّ مُّضِلٌّ مُّبِينٌ
Wa-dakhalal Madeenata ʻalaa ḥeeni g̣aflatim min ʹahlihaa fawajada feeha rajulayni yaq̣tatilaani haaẓaa miñ sheeʻatihee wa-haaẓaa min ʻaduwwih. Fastag̣aas̤ahul laẓee miñ sheeʻatihee ʻalal laẓee min ʻaduwwihee fawakazahoo Moosaa faq̣aḍaa ʻalayh. Q̣aala haaẓaa min ʻamalish shayṭaan: ʹinnahoo ʻaduwwum muḍillum mubeen!
އަދި ރަށުގެ أهل ވެރިން غَافل ވެގެންވާ ހިނދެއްގައި (މީސްތަކުން މެންދުރު އޮށޯވެލާވަގުތު) އެކަލޭގެފާނު (موسى عليه السّلام) ރަށުގެތެރެއަށް ވެދެވަޑައިގެންނެވިއެވެ. އަދި ދެމީހަކު އެކަކު އަނެކަކަށް ހިފައި ތަޅާފޮޅާތީ އެކަލޭގެފާނު ދެކެވަޑައިގެންފިއެވެ. އެތަނުން އެކަކީ އެކަލޭގެފާނުންގެ دين ގެ މީހެކެވެ. بني إسرائيل އެކެވެ. އަނެކަކީ އެކަލޭގެފާނުންގެ عدوّ ންގެތެރެއިންވާ މީހެކެވެ. فِرعون قبيلة ގެ މީހެކެވެ. قِبْطِى އެކެވެ. ދެންފަހެ އެކަލޭގެފާނުންގެ دين ގެ މީހާ އެމީހާގެ عدوّ ގެ މައްޗަށް މަދަދާއި އެހީއަށްއެދި އެކަލޭގެފާނަށް ދަންނަވައިފިއެވެ. ދެންފަހެ އެކަލޭގެފާނުންގެ އަތްތިލަފުޅުން އެމީހާގެ މޭމަތީގައި ޖަހައިފިއެވެ. އަދި އެމީހާގެ މައްޗަށް ނިޔާކުރައްވައިފިއެވެ. އެޖެއްސެވުމުގެ ސަބަބުން އެމީހާ މަރުވެގެން ވެއްޓުނީއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ ސައިތާނާގެ عمل އެވެ. ހަމަކަށަވަރުން އެސޮރަކީ ބަޔާންވެގެންވާ ގޮތުގައި މަގުފުރައްދާ عدوّ އެކެވެ.
-
28:16
قَالَ رَبِّ إِنِّى ظَلَمْتُ نَفْسِى فَٱغْفِرْ لِى فَغَفَرَ لَهُۥٓ ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ
Q̣aala Rabbi ʹinnee z̤̣alamtu nafsee fag̣fir lee fag̣afara lah: innahoo Huwal G̣afoorur Raḥeem.
އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ! ހަމަކަށަވަރުން މިއަޅާ މިއަޅާގެ އަމިއްލަ نفس އަށް އަނިޔާވެރިވެއްޖައީމެވެ. ފަހެ މިއަޅާއަށް ފާފަފުއްސަވާނދޭވެ! ދެން އެކަލާނގެ އެކަލޭގެފާނަށް ފުއްސަވައިފިއެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
28:17
قَالَ رَبِّ بِمَآ أَنْعَمْتَ عَلَىَّ فَلَنْ أَكُونَ ظَهِيرًا لِّلْمُجْرِمِينَ
Q̣aala Rabbi bimaaa ʹanʻamta ʻalayya falan ʹakoona z̤̣aheeral lilmujrimeen.
އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށް ދެއްވި نعمة ގެ ސަބަބުން مُجْرِم ންނަށްވާ އެހީތެރިއަކަށް މިއަޅާ ނުލައްވާނދޭވެ!
-
28:18
فَأَصْبَحَ فِى ٱلْمَدِينَةِ خَآئِفًا يَتَرَقَّبُ فَإِذَا ٱلَّذِى ٱسْتَنصَرَهُۥ بِٱلْأَمْسِ يَسْتَصْرِخُهُۥ ۚ قَالَ لَهُۥ مُوسَىٰٓ إِنَّكَ لَغَوِىٌّ مُّبِينٌ
Faʹaṣbaḥa fil Madeenati khaaaʹifañy yataraq̣q̣abu faʹiẓal laẓis tañṣarahoo bil-ʹamsi yastaṣrikhuh. Q̣aala lahoo Moosaaa ʹinnaka lag̣awiyyum mubeen!
ފަހެ ރަށުގައި ބިރުފުޅުގެންވަޑައިގެން ހުންނެވި ބޭކަލަކުކަމުގައި އެކަލޭގެފާނު ވެއްޖެއެވެ. އަދި ދެންވާނެ ގޮތަކާއިމެދު إنتظار ކުރައްވަކުރައްވާ ހުންނެވިއެވެ. އެހެން ހުންނަވަނިކޮށް އިއްޔެ އެކަލޭގެފާނުންގެ އަރިހުން نصر އަށް އެދުނުމީހާ އެކަލޭގެފާނަށް ގޮވާ ހަޅޭލަވަން ފަށައިފިއެވެ. މިއަދުވެސް އޭނާ موسى عليه السّلام ގެ އަރިހުން نصر އެދެނީއެވެ. (އޭރުމިއިސްރާއީލުމީހާ އެހެން قِبْطِى އަކާއި ތަޅާފޮޅަނީއެވެ.) އަދި موسى عليه السّلام އެ إسرائيل މީހާއަށް ވިދާޅުވިއެވެ. ކަލެއަކީ ހަމަކަށަވަރުންވެސް ވަރަށްބޮޑަށް ގެއްލި ހަލާކުވެ މަގުފުރެދިފައިވާ މީހެއްކަން ކަށަވަރެވެ.
-
28:19
فَلَمَّآ أَنْ أَرَادَ أَن يَبْطِشَ بِٱلَّذِى هُوَ عَدُوٌّ لَّهُمَا قَالَ يَـٰمُوسَىٰٓ أَتُرِيدُ أَن تَقْتُلَنِى كَمَا قَتَلْتَ نَفْسًۢا بِٱلْأَمْسِ ۖ إِن تُرِيدُ إِلَّآ أَن تَكُونَ جَبَّارًا فِى ٱلْأَرْضِ وَمَا تُرِيدُ أَن تَكُونَ مِنَ ٱلْمُصْلِحِينَ
Falammaaa ʹan ʹaraada ʹañy yabṭisha billaẓee huwa ʻaduwwul lahumaa q̣aala yaa-Moosaaa ʹatureedu ʹañ taq̣tulanee kamaa q̣atalta nafsam bil-ʹams? ʹIñ tureedu ʹillaaa ʹañ takoona jabbaarañ fil ʹarḍi wa-maa tureedu ʹañ takoona minal Muṣliḥeen!
އަދި އެދެމީހުންގެ عَدُوُّ ކަމުގައިވާ قِبْطِى ކަލޭގެއަށް އަދަބުދެއްވުމަށް އެކަލޭގެފާނު ހީފުޅުކުރެއްވިހިނދު އެމީހާ ދެންނެވިއެވެ. يعني: بني إسرائيل މީހާ ދެންނެވިއެވެ. އޭ موسى އެވެ! ކަލޭގެފާނު ތިޔަ އެދިވަޑައިގަންނަވަނީ އިއްޔެވެސް ކަލޭގެފާނު މީހަކު މެރިފަދައިން މިއަދު އަހުރެން މަރަންހެއްޔެވެ؟ (އޭނާއަށް ހީވީ އޭނާ މަރަން އުޅުނުހެންނެވެ.) ކަލޭގެފާނު އެދިވަޑައިގަންނަވަނީ ބިންމަތީގައި جَبَّار ނުލަފާ މީހަކަށްވުންކަމުގައި މެނުވީ ނުވެއެވެ. އަދި ކަންތައްތައް إصلاح ކުރާ مُصْلِح އަކަށް ވުމަކަށް ކަލޭގެފާނު އެދިވަޑައި ނުގަންނަވައެވެ. • ދަންނައެވެ. މި بني إسرائيل ކަލޭގެ މިވާހަކަކޮޅު موسى ގެފާނަށް ދެންނެވިއިރު އަނެއް قِبْطِى ކަލޭގެ ހުރީ ރަނގަޅަށް ކަނުލައި އަހައިގެން ކަމުގައިވީތީ އިއްޔެ މީހާ މަރައިލީ موسى ގެފާނުކަން ރަނގަޅަށް އޭނާއަށް އެނގިއްޖެއެވެ. އެހެންވެ އަވަސްއަވަހަށް އެތަނުން ދުވެގޮސް އިއްޔެ މީހާ މަރައިލި މީހަކީ موسى ގެފާނުކަން فرعون ގެ މީހުންނަށް އަންގަވައި އެކަމުގެ تفصيل ދީފިއެވެ. ހަމަ އެހިނދުމެވެ. موسى ގެފާނާއިމެދު ކަންތައް ނިންމާނެގޮތަކާއިމެދު فرعون އާއި އޭނާގެ ބޮޑުންގެ މެދުގައި مشورة ފެށިއްޖެއެވެ. والله أعلم.
-
28:20
وَجَآءَ رَجُلٌ مِّنْ أَقْصَا ٱلْمَدِينَةِ يَسْعَىٰ قَالَ يَـٰمُوسَىٰٓ إِنَّ ٱلْمَلَأَ يَأْتَمِرُونَ بِكَ لِيَقْتُلُوكَ فَٱخْرُجْ إِنِّى لَكَ مِنَ ٱلنَّـٰصِحِينَ
Wa-jaaaʹa rajulum min ʹaq̣ṣal Madeenati yasʻaa. Q̣aala yaa-Moosaaa ʹinnal malaʹa yaʹ-tamiroona bika liyaq̣tulooka fakhruj ʹinnee laka minan naaṣiḥeen.
އަދި ރަށުގެ ދުރު ހިސާބުން ހަރުކޮށް ހިނގާފައި އައިމީހަކު އައިސް موسى ގެފާނަށް ދެންނެވިއެވެ. އޭ موسى އެވެ! ރަށުގެ ބޮޑެތިމީހުން ކަލޭގެފާނު މެރުމަށް مشورة ކޮށް جلسة ކުރަނީއެވެ. ކަލޭގެފާނު އެހެންވެ އަވަހަށް މިރަށުން ނުކުމެވަޑައިގަންނަވާށެވެ. އަހުރެންނަކީ ކަލޭގެފާނަށްވާ نصيحة ތެރިންކުރެ މީހަކީމެވެ. (ބުނެވެނީ އެމީހަކީ إيمان ކަން ވަންހަނާކުރި فرعون قبيلة ގެ މީހާކަމަށެވެ. އެވާހަކަ غافر ސޫރަތުގައި ވާނެއެވެ.)
-
28:21
فَخَرَجَ مِنْهَا خَآئِفًا يَتَرَقَّبُ ۖ قَالَ رَبِّ نَجِّنِى مِنَ ٱلْقَوْمِ ٱلظَّـٰلِمِينَ
Fakharaja minhaa khaaaʹifañy yataraq̣q̣ab: Q̣aala Rabbi najjinee minal q̣awmiz̤̣ z̤̣aalimeen.
ދެންފަހެ موسى ގެފާނު ބިރުފުޅުގެންވަޑައިގެން ހުންނަވާ حال ކޮޅު އެރަށުން ނުކުމެވަޑައިގެންފިއެވެ. (فرعون ގެ މީހުން އެކަލޭގެފާނުން ހޯދަން އަތުވެދާނެތީ) އެކަމުން ދެންވާނެގޮތަކާމެދު إنتظار ކުރައްވާ ބަލަބަލާ ހުންނެވުމާ އެކުގައެވެ. އަދި ވިދާޅުވިއެވެ. އޭއަޅުގެ ربّ އެވެ! އަނިޔާވެރި قوم ގެފަރާތުން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!
-
28:22
وَلَمَّا تَوَجَّهَ تِلْقَآءَ مَدْيَنَ قَالَ عَسَىٰ رَبِّىٓ أَن يَهْدِيَنِى سَوَآءَ ٱلسَّبِيلِ
Wa-lammaa tawajjaha tilq̣aaaʹa Madyana q̣aala ʻasaa Rabbeee ʹañy yahdiyanee sawaaaʹas sabeel.
އަދި مَدْيَنُ ގެފަރާތަށް އެކަލޭގެފާނު ކުރިމަތިފުޅުލެއްވިހިނދު ވިދާޅުވިއެވެ. މިއަޅާގެ ربّ މިއަޅާއަށް ސީދާ ތެދުމަގު ދެއްކެވުން أمّيد ކުރެވެއެވެ. ތެދުމަގު ދައްކަވާނެއެވެ.
-
28:23
وَلَمَّا وَرَدَ مَآءَ مَدْيَنَ وَجَدَ عَلَيْهِ أُمَّةً مِّنَ ٱلنَّاسِ يَسْقُونَ وَوَجَدَ مِن دُونِهِمُ ٱمْرَأَتَيْنِ تَذُودَانِ ۖ قَالَ مَا خَطْبُكُمَا ۖ قَالَتَا لَا نَسْقِى حَتَّىٰ يُصْدِرَ ٱلرِّعَآءُ ۖ وَأَبُونَا شَيْخٌ كَبِيرٌ
Wa-lammaa warada maaaʹa Madyana wajada ʻalayhi ʹummatam minan naasi yasq̣oona wa-wajada miñ doonihimum raʹatayni taẓoodaan. Q̣aala maa- khaṭbukumaa? Q̣aalataa laa- nasq̣ee ḥattaa yuṣdirar riʻaaaʹu wa-ʹaboonaa shaykhuñ kabeer.
އަދި مَدْيَنُ ގެ ފެނާހަމައަށް (ގެރިބަކަށްޓަށް މީހުން ފެންދޭ ފެނާހަމައަށް) އެކަލޭގެފާނަށް ވަޑައިގެންނެވުނުހިނދުން ގިނަ عدد އެއްގެ ބަޔަކު އެތަނުން އެކަލޭގެފާނު ދެކެވަޑައިގެންފިއެވެ. (އެއީ ގެރިބަކަށްޓަށް ފެންދޭން ގޮސްތިބި މީހުންނެވެ.) އަދި އެމީހުންނާއި ތަންކޮޅެއް ދުރުގައި ސޫފިތައް ހިފައިގެން ތިބި ދެއަންހެނުން ދެކެވަޑައިގެންފިއެވެ. އެދެމީހުން ތިބީ ބަކަރިތައް ތަންތަނަށް ދިޔަނުދީ ހިފަހައްޓައިގެންނެވެ. އެދެ އަންހެނުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ދެމީހުން ޖަނަވާރުތަކަށް ފެންނުދީ ތިޔަތިބީ ކީއްވެގެންހެއްޔެވެ؟ ކަލޭމެންގެ مقصد އަކީ ކޮބައިހެއްޔެވެ؟ އެދެމީހުން ދެންނެވިއެވެ. ގެރިބަކަށްޓަށް ފެންދޭން އައިސްތިބިމީހުން އެނބުރިދިޔައިމާނޫނީ އަހުރެމެން އަހުރެމެންގެ ޖަނަވާރުތަކަށް ފެންނުދެމެވެ. އަހުރެމެންގެ ބައްޕައަކީ ބޮޑު މުސްކުޅިއެކެވެ. (ބަލިކަށިވެ، މިފަދަކަމަކަށް އެކަށީގެންނުވާ މީހެކެވެ. ގޭގައި އެހެން ފިރިހެނަކު ނުވެއެވެ.)
-
28:24
فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰٓ إِلَى ٱلظِّلِّ فَقَالَ رَبِّ إِنِّى لِمَآ أَنزَلْتَ إِلَىَّ مِنْ خَيْرٍ فَقِيرٌ
Fasaq̣aa lahumaa s̤umma tawallaaa ʹilaz̤̣ z̤̣illi faq̣aala Rabbi ʹinnee limaaa añzalta ʹilayya min khayriñ faq̣eer!..
ދެންފަހެ އެކަލޭގެފާނު އެދެމީހުންނަށް ފެންދެއްވައިފިއެވެ. (އެދެމީހުންގެ ބަކަރިތަކަށް ފެންދެއްވައިފިއެވެ.) ދެން ވަޑައިގެން ގަހެއްގެ ހިޔަލަށް ވަޑައިގެންފިއެވެ. އަދި ވިދާޅުވިއެވެ. އޭއަޅުގެ ربّ އެވެ. ހެޔޮކަމުގެ ތެރެއިން އިބަރަސްކަލާނގެ މިއަޅާއަށް ބާވައިލައްވާ ކޮންމެ އެއްޗަކަށް މިއަޅާ ބޭނުންވެގެންވެއެވެ.
-
28:25
فَجَآءَتْهُ إِحْدَىٰهُمَا تَمْشِى عَلَى ٱسْتِحْيَآءٍ قَالَتْ إِنَّ أَبِى يَدْعُوكَ لِيَجْزِيَكَ أَجْرَ مَا سَقَيْتَ لَنَا ۚ فَلَمَّا جَآءَهُۥ وَقَصَّ عَلَيْهِ ٱلْقَصَصَ قَالَ لَا تَخَفْ ۖ نَجَوْتَ مِنَ ٱلْقَوْمِ ٱلظَّـٰلِمِينَ
Fajaaaʹathu ʹiḥdaahumaa tamshee ʻalas tiḥyaaaʹ, Q̣aalat ʹinna ʹabee yadʻooka liyajziyaka ʹajra maa- saq̣ayta lanaa. Falammaa jaaaʹahoo wa-q̣aṣṣa ʻalayhil q̣aṣaṣa q̣aala laa- takhaf: najawta minal q̣awmiz̤̣ z̤̣aalimeen.
ދެންފަހެ އެދެ އަންހެނުންކުރެ އެއްކުއްޖަކު ލަދުވެތިކަމާއިއެކު ހިނގާފައިއައިސް އެކަލޭގެފާނަށް ދެންނެވިއެވެ. އަހުރެމެންނަށް ކަލޭގެފާނު ފެންދެއްވިކަމުގެ އުޖޫރަ ކަލޭގެފާނަށް ދެއްވުމަށް އަހުރެންގެ ބައްޕަ ކަލޭގެފާނަށް އެބަވިދާޅުވެއެވެ. (ދެން އެކަލޭގެފާނު އެއަންހެންމީހާއާއިއެކު އެބޭކަލެއްގެ ގެއަށް ވަޑައިގެންފިއެވެ. އެބޭކަލަކީ شُعَيب عليه السّلام ކަމުގައި ރިވާވެގެންވާ ކިތަންމެ ރިވާޔަތެއްވެއެވެ.) ދެންފަހެ އެކަލޭގެފާނު އެބޭކަލެއްގެ އަރިހަށް ވަޑައިގެން އެބޭކަލަކަށް ވާހަކަތައް ކިޔައިދެއްވުމުން އެބޭކަލަކު ވިދާޅުވިއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ. އަނިޔާވެރި قوم ގެ ކިބައިން ކަލޭގެފާނު ސަލާމަތްވީއެވެ.
-
28:26
قَالَتْ إِحْدَىٰهُمَا يَـٰٓأَبَتِ ٱسْتَـْٔجِرْهُ ۖ إِنَّ خَيْرَ مَنِ ٱسْتَـْٔجَرْتَ ٱلْقَوِىُّ ٱلْأَمِينُ
Q̣aalat ʹiḥdaahumaa yaaaʹabatis taʹjirh; ʹinna khayra manis taʹjartal q̣awiyyul ʹameen.
އެދެއަންހެންކުދިންގެތެރެއިން އެއްކުއްޖަކު އޭނާގެ ބައްޕައަށް ބުންޏެވެ. އޭ އަހުރެންގެ ބައްޕާއެވެ. އޭނާ أُجُور އިން ބަހައްޓަވާށެވެ. (ބަކަރިތަކަށް ކާންދީ ފެންދީހަދަން ކުއްޔަށް އޭނާ މިގޭގައި ބަހައްޓަވާށެވެ.) ހަމަކަށަވަރުން ބާރުގަދަ އަމާނާތްތެރިއަކު ބައްޕަ ކުއްޔަށް ހިފުން ހެޔޮވެގެންވެއެވެ. • ދަންނައެވެ. މިފަދައިން އެކަމަނާ ދެންނެވީމާ ބައްޕައަށް ސުވާލު އުފެދުންކަމުގައިވެއެވެ. އަދި އެކަލޭގެފާނުންގެ ބާރުގަދަކަމާއި އަމާނާތްތެރިކަން ކަމަނާއަށް އެނގުނީ ކިހިނަކުންތޯ އެއްސެވިއެވެ. އެކަމަނާ ދެންނެވިއެވެ. އެކަލޭގެފާނު އަހުރެމެނަށް ފެންދިން ވަޅުގައި ޖަހާފައިވާ މަތިގަނޑަކީ ވިހިތިރީސް މީހުންނަށް ނޫނީ ނުނެގޭވަރުގެ މަތިގަނޑެކެވެ. އެކަލޭގެފާނު ދާދި ފަސޭހަކޮށް އެމަތިގަނޑު ނެންގެވުމުން ބާރުފުޅުގަދަކަން އެނގުނީއެވެ. އަދި އަޅުގަނޑާއިއެކު ހިންގަވާފައި ގެއަށް ވަޑައިގެންނެވި މަގުމަތީގައި އަހުރެންގެ ކުރީގައި ހުންނެވުމާއި އަހުރެންނާ ދިމާއަށް ނުބެއްލެވިކަން އެއީ އެކަލޭގެފާނުންގެ • އަމާނާތްތެރިކަމުގެ دليل އެވެ. والله أعلم.
-
28:27
قَالَ إِنِّىٓ أُرِيدُ أَنْ أُنكِحَكَ إِحْدَى ٱبْنَتَىَّ هَـٰتَيْنِ عَلَىٰٓ أَن تَأْجُرَنِى ثَمَـٰنِىَ حِجَجٍ ۖ فَإِنْ أَتْمَمْتَ عَشْرًا فَمِنْ عِندِكَ ۖ وَمَآ أُرِيدُ أَنْ أَشُقَّ عَلَيْكَ ۚ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰلِحِينَ
Q̣aala ʹinneee ʹureedu ʹan ʹuñkiḥaka ʹiḥdab natayya haatayni ʻalaaa ʹañ taʹjuranee s̤amaaniya ḥijaj; faʹin ʹatmamta ʻashrañ famin ʻiñdik. Wa-maaa ʹureedu ʹan ʹashuq̣q̣a ʻalayk: satajiduneee ʹiñ shaaaʹal laahu minaṣ Ṣaaliḥeen.
(ދެންފަހެ މިކަމަނާގެ މިވާހަކަތަކަށްފަހު އެކަމަނާގެ ބައްޕަ موسى ގެފާނާ مخاطب ކުރައްވައި) އެބޭކަލަކު ވިދާޅުވިއެވެ. (އޭ موسى އެވެ!) އަހުރެން އެދެނީ އަހުރެން قصد ކުރަނީ އަހުރެންގެ މިތިބަ ދެއަންހެންދަރިންކުރެ އެއްދަރިއަކާއި ކަލޭގެފާނާއި ކާވެނިކޮށްދެއްވުމަށެވެ. އެއީ އަށްއަހަރުވަންދެން (ބަކަރިތައް ބަލަހައްޓަވައި ކާންދެއްވައި ހެއްދެވުމަށް) މިގޭގައި ހުންނެވުމުގެ އުޖޫރައިގެ މައްޗަށެވެ. އަދި ދިހައަހަރު ފުރިހަމަކޮށްދެއްވައިފިނަމަ އެއީ ދެން ކަލޭގެފާނުންގެ ކަމެކެވެ. إختيار އެކެވެ. އަދި އެއްވެސްގޮތަކުން ކަލޭގެފާނަށް ދަތިކުރާކަށް އަހުރެން ބޭނުމެއްނޫނެވެ. ﷲ އިރާދަކުރެއްވިއްޔާ ކަލޭގެފާނަށް އަހުރެން ފެނިވަޑައިގަންނަވާނީ صالح ންގެ ތެރެއިންވާ މީހަކުކަމުގައެވެ.
-
28:28
قَالَ ذَٰلِكَ بَيْنِى وَبَيْنَكَ ۖ أَيَّمَا ٱلْأَجَلَيْنِ قَضَيْتُ فَلَا عُدْوَٰنَ عَلَىَّ ۖ وَٱللَّهُ عَلَىٰ مَا نَقُولُ وَكِيلٌ
Q̣aala ẓaalika baynee wa-baynak: ʹayyamal ʹajalayni q̣aḍaytu falaa ʻudwaana ʻalayy. Wallaahu ʻalaa maa- naq̣oolu Wakeel.
موسى عليه السّلام ވިދާޅުވިއެވެ. އެއީ يعني: އަށްއަހަރުދުވަހު خدمة ގައި ހުރުމުގެ މައްޗަށް ކާވެނިކޮށްދެއްވުން އެއީ އަޅުގަނޑާއި شَيْخُ އާއި ދެމެދު އޮތް އަމާނާތެކެވެ. އަދި ދިހައަހަރުގެ މުއްދަތާއި ދެމުއްދަތުންކުރެ ކޮންމެ މުއްދަތެއް އަހުރެން ހަމަކުރިޔަސް އަހުރެންގެ މައްޗަކަށް عدواة ތެރިކަމެއް ނުވެއެވެ. އޮވެގެން ނުވާނެއެވެ. (އެގޮތުގެމައްޗަށް އެކަން ނިމުނީއެވެ.) އަދި އަހުރެމެން މިބުނާ ބުނުމުގެ މައްޗަށް ﷲ وكيل އެވެ. އެކަލާނގެ ހެކިވެވޮޑިގެންވެއެވެ.
-
28:29
۞ فَلَمَّا قَضَىٰ مُوسَى ٱلْأَجَلَ وَسَارَ بِأَهْلِهِۦٓ ءَانَسَ مِن جَانِبِ ٱلطُّورِ نَارًا قَالَ لِأَهْلِهِ ٱمْكُثُوٓا۟ إِنِّىٓ ءَانَسْتُ نَارًا لَّعَلِّىٓ ءَاتِيكُم مِّنْهَا بِخَبَرٍ أَوْ جَذْوَةٍ مِّنَ ٱلنَّارِ لَعَلَّكُمْ تَصْطَلُونَ
Falammaa q̣aḍaa Moosal ʹajala wa-saara biʹahliheee ʹaanasa miñ jaanibiṭ Ṭoori naaraa. Q̣aala liʹahlihim kus̤ooo ʹinneee ʹaanastu naaral laʻalleee ʹaateekum minhaa bikhabarin ʹaw jaẓwatim minan naari laʻallakum taṣṭaloon.
ދެންފަހެ موسى عليه السّلام އެމުއްދަތު ހަމަކުރައްވާ ނިންމެވުމަށްފަހު އެހިނދުން (مصر އަށް ވަޑައިގަތުމަށްޓަކައި އެކަލޭގެފާނުންގެ أهل ވެރިންނާއިއެކު (ރޭގަނޑު) ހިންގަވާފައި ވަޑައިގެންނެވިއެވެ. އަދި طور ފަރުބަދައިގެ ގާތުން އެއްފަރާތުން އެކަލޭގެފާނު އަލިފާނެއް ދެކެވަޑައިގެންނެވިއެވެ. އަދި أهل ވެރިންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން މިތާ ލަސްވެލައިތިބޭށެވެ. އަހުރެންނަށް އަލިފާނެއް ފެނިއްޖެއެވެ. އެތަނުން خبر އަކާއިގެން ނުވަތަ ތިޔަބައިމީހުން ހީފިލުވުމަށްޓަކައި އަލިފާންބުރިއަކާއިގެން ނުވަތަ އަލިފާން ދަރުބުރިއަކާއިގެން އައުމަށް أمّيد ކުރެވެއެވެ.
-
28:30
فَلَمَّآ أَتَىٰهَا نُودِىَ مِن شَـٰطِئِ ٱلْوَادِ ٱلْأَيْمَنِ فِى ٱلْبُقْعَةِ ٱلْمُبَـٰرَكَةِ مِنَ ٱلشَّجَرَةِ أَن يَـٰمُوسَىٰٓ إِنِّىٓ أَنَا ٱللَّهُ رَبُّ ٱلْعَـٰلَمِينَ
Falammaaa ʹataahaa noodiya miñ shaaṭiʹil waadil ʹaymani fil buq̣ʻatil mubaarakati minash shajarati ʹañy yaa-Moosaaa ʹinneee ʹAnal laahu Rabbul ʻAalameen.
ދެންފަހެ އެކަލޭގެފާނު އެތަނަށް (އެއަލިފާނުގެ ގާތަށް) ވަޑައިގެންނެވިހިނދުން (موسى عليه السّلام ގެ) ކަނާތްޕުޅުފަރާތުގެ ވާދީއިން އެބަރަކާތްތެރި ތާނގައިވާ ގަހުން އެކަލޭގެފާނަށް ނިދާއިއްވެވުނެވެ. ގޮވައިލެއްވެވުނެވެ. (ނިދާއިއްވެވުނީ) އޭ موسى އެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ މިއީ ﷲ އެވެ. عَالم ތައް ހައްދަވާބޮޑުކުރައްވާ ބަލަހައްޓަވާ رَبّ އެވެ.
-
28:31
وَأَنْ أَلْقِ عَصَاكَ ۖ فَلَمَّا رَءَاهَا تَهْتَزُّ كَأَنَّهَا جَآنٌّ وَلَّىٰ مُدْبِرًا وَلَمْ يُعَقِّبْ ۚ يَـٰمُوسَىٰٓ أَقْبِلْ وَلَا تَخَفْ ۖ إِنَّكَ مِنَ ٱلْـَٔامِنِينَ
Wa-ʹan ʹalq̣i ʻaṣaak! Falammaa raʹaahaa tahtazzu kaʹannahaa jaaannuñw wallaa mudbirañw walam yuʻaq̣q̣ib: Yaa-Moosaaa ʹaq̣bil wa-laa takhaf: ʹinnaka minal ʹaamineen.
އަދި ކަލޭގެފާނުންގެ އަސާކޮޅު އެއްލަވާށެވެ. (ދެން އެކަލޭގެފާނު އެއަސާކޮޅު އެއްލެވީއެވެ. އެހައިރުން އޭތި ހަރުފަޔަކަށް ބަދަލުވެ ދުވަންފެށީއެވެ.) ދެންފަހެ އޭތި ދުވެ حركاة ކުރާތަން ފެނުމުން - އޭރު އޭތި ހީވަނީ جَانُّ އެއް ހެންނެވެ. (އެއީ ބޮޑެތިބައިގެ ހަރުފައިގެ ވައްތަރެކެވެ.) އެހިނދު އެކަލޭގެފާނު ފުރަގަސްދެއްވާ އެނބުރިވަޑައިގެންފިއެވެ. އަދި ހުންނެވިތަނަށް އެނބުރި ވަޑައިނުގެންނެވިއެވެ. (އެހިނދު ﷲ وحي ކުރެއްވިއެވެ.) އޭ موسى އެވެ! ކަލޭގެފާނު (ތިމަންރަސްކަލާނގެއާއި) ކުރިމަތިފުޅުލައްވައި ވަޑައިގަންނަވާށެވެ! އަދި ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން ކަލޭގެފާނުވަނީ އަމާންވެގެންވާ ބޭކަލުންގެތެރެއިންނެވެ.
-
28:32
ٱسْلُكْ يَدَكَ فِى جَيْبِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍ وَٱضْمُمْ إِلَيْكَ جَنَاحَكَ مِنَ ٱلرَّهْبِ ۖ فَذَٰنِكَ بُرْهَـٰنَانِ مِن رَّبِّكَ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦٓ ۚ إِنَّهُمْ كَانُوا۟ قَوْمًا فَـٰسِقِينَ
ʹUsluk yadaka fee jaybika takhruj bayḍaaaʹa min g̣ayri soooʹ: waḍmum ʹilayka janaaḥaka minar rahbi fazaanika burhaanaani mir Rabbika ʹilaa Firʻawna wa-malaʹih: ʹinnahum kaanoo q̣awmañ faasiq̣een.
އަދި ކަލޭގެފާނުންގެ އަތްޕުޅު (ކަލޭގެފާނުންގެ قميص ކޮޅުގެ) ޖީބުކޮޅަށް ވައްދަވާށެވެ! (ދެން އޭތި ނެރުއްވާއިރު) ނުކުންނާނީ ހުދުކުލައިގައެވެ. އެއީ އެއްވެސް ބަލިކަމެއް އަދި ނުބައެއްގެ ސަބަބަކުންނޫނެވެ. އަދި ކަލޭގެފާނުންގެ އަތްޕުޅު ކަލޭގެފާނުންގެ އަރިކަށިފުޅާއި - ނުވަތަ މޭފުޅާއި ލަފާލައްވާ ގާތްކުރައްވާށެވެ! އޭރުން ބިރުފުޅު ފިލައިގެން ހިނގައިދާނެއެވެ. ފަހެ އެއީ ކަލޭގެފާނުންގެ ربّ ގެ حضرة ންވާ ދެދަލީލެވެ. ދެ حجّة އެވެ. (ދެ معجزة އެވެ.) فرعون އާއި އޭނާގެ ބޮޑުންގެ ގާތަށް (رسول ކަމާއިގެން) ވަޑައިގަތުމަށްޓަކައެވެ. ހަމަކަށަވަރުން އެމީހުންވީ فاسِق ބަޔަކު ކަމުގައެވެ. (ﷲ ގެ ކިޔަމަނުން ނުކުމެގެންވާ ބަޔަކުކަމުގައެވެ.)
-
28:33
قَالَ رَبِّ إِنِّى قَتَلْتُ مِنْهُمْ نَفْسًا فَأَخَافُ أَن يَقْتُلُونِ
Q̣aala Rabbi ʹinnee q̣ataltu minhum nafsañ faʹakhaafu ʹañy yaq̣tuloon.
އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ! މިއަޅާވާނީ އެމީހުންގެތެރެއިން މީހަކު މަރާފައެވެ. އެހެންވެ އެމީހުން މިއަޅާ މަރައިފާނެކަމަށް ބިރުގަންނަމެވެ.
-
28:34
وَأَخِى هَـٰرُونُ هُوَ أَفْصَحُ مِنِّى لِسَانًا فَأَرْسِلْهُ مَعِىَ رِدْءًا يُصَدِّقُنِىٓ ۖ إِنِّىٓ أَخَافُ أَن يُكَذِّبُونِ
Wa-ʹakhee Haaroonu huwa ʹafṣaḥu minnee lisaanañ faʹarsilhu maʻiya rid-ʹañy yuṣaddiq̣unee; ʹinneee ʹakhaafu ʹañy yukaẓẓiboon.
އަދި މިއަޅާގެ أخ هارون މިއަޅާއަށްވުރެން މާ ދޫފަސޭހަވާނެއެވެ. ބަޔާންކުރެއްވުން މާފުރިހަމައެވެ. ފަހެ މިއަޅާއާއިއެކު އެހީއަކަށް ވާގިވެރިއަކަށް އޭނާވެސް (رسول ކަމާއިގެން) ފޮނުއްވައި ދެއްވާނދޭވެ! އެއީ މިއަޅާ ތެދުކުރުމަށްޓަކައެވެ. (އެކަކުގެބަހަށްވުރެ ދެމީހުންގެބަސް قبول ކުރުން أولى ވެގެންވެއެވެ.) ހަމަކަށަވަރުން އެމީހުން މިއަޅާ ދޮގުކޮށްފާނެކަމަށް ބިރުގަންނަމެވެ.
-
28:35
قَالَ سَنَشُدُّ عَضُدَكَ بِأَخِيكَ وَنَجْعَلُ لَكُمَا سُلْطَـٰنًا فَلَا يَصِلُونَ إِلَيْكُمَا ۚ بِـَٔايَـٰتِنَآ أَنتُمَا وَمَنِ ٱتَّبَعَكُمَا ٱلْغَـٰلِبُونَ
Q̣aala sanashuddu ʻaḍudaka biʹakheeka wa-najʻalu lakumaa sulṭaanañ falaa yaṣiloona ʹilaykumaa: biʹAayaatinaaa ʹañtumaa wa-manit tabaʻakumal g̣aaliboon.
ﷲ وحي ކުރެއްވިއެވެ. ހަމަކަށަވަރުން ނިކަންހުރެ ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ أخ ގެސަބަބުން ކަލޭގެފާނުންގެ މުލައްދަނޑިފުޅު ގަދަކޮށްދެއްވާހުށީމެވެ. (އެބަހީ: ކަލޭގެފާނަށް ބާރުދެއްވައި ގަދަކަން ދެއްވާހުށީމެވެ.) އަދި ތިޔައިގެ ދެކަލުންނަށް ތިމަންރަސްކަލާނގެ حجّة އެއް (دليل އެއް) ލައްވާހުށީމެވެ. ފަހެ އެހެންވެ އެމީހުންނަށް ތިމަންރަސްކަލާނގެ އާޔަތްތަކުގެ ސަބަބުން ތިޔައިގެ ދެކަލުންނާ ހަމައަށް (ނުބައެއް ހެދުމުގެގޮތުން) واصل ނުވެވޭހުއްޓެވެ. ތިޔައިގެ ދެކަލުންނާއި އަދި ތިޔައިގެ ދެކަލުންނަށް تبع ވާ ބަޔަކުވާނީ ގަދަވާމީހުންކަމުގައެވެ.
-
28:36
فَلَمَّا جَآءَهُم مُّوسَىٰ بِـَٔايَـٰتِنَا بَيِّنَـٰتٍ قَالُوا۟ مَا هَـٰذَآ إِلَّا سِحْرٌ مُّفْتَرًى وَمَا سَمِعْنَا بِهَـٰذَا فِىٓ ءَابَآئِنَا ٱلْأَوَّلِينَ
Falammaa jaaaʹahum Moosaa biʹAayaatinaa bayyinaatiñ q̣aaloo maa- haaẓaaa ʹillaa siḥrum muftarañw wamaa samiʻnaa bihaaẓaa feee ʹaabaaaʹinal ʹawwaleen!
ދެންފަހެ ބަޔާންވެ ފައުޅުވެގެންވާ ތިމަންރަސްކަލާނގެ دليل ތަކާއި حجّة ތަކާއިގެން އެމީހުން ގާތަށް موسى عليه السّلام ވަޑައިގެންނެވިހިނދުން (އެމީހުން އެކަލޭގެފާނަށް ދެންނެވީ) ކަލޭގެފާނު ހައްދަވާފައިވާ ދޮގު سِحر އެއްކަމުގައި މެނުވީ ތިޔަތަކެތި ނުވެއެވެ. އަދި އަހުރެމެންގެ އިސްވެދިޔަ ކާބަފައިންގެފަރާތުން އަހުރެމެން ތިޔަފަދަ ވާހަކައެއް ނުއަހަމެވެ.
-
28:37
وَقَالَ مُوسَىٰ رَبِّىٓ أَعْلَمُ بِمَن جَآءَ بِٱلْهُدَىٰ مِنْ عِندِهِۦ وَمَن تَكُونُ لَهُۥ عَـٰقِبَةُ ٱلدَّارِ ۖ إِنَّهُۥ لَا يُفْلِحُ ٱلظَّـٰلِمُونَ
Wa-q̣aala Moosaa Rabbeee ʹaʻlamu bimañ jaaaʹa bil-Hudaa min ʻiñdihee wa-mañ takoonu lahoo ʻAaq̣ibatud daar: ʹinnahoo laa- yufliḥuz̤̣ z̤̣aalimoon.
އަދި موسى عليه السّلام ވިދާޅުވިއެވެ. އެކަލާނގެ حضرة ން ތެދުމަގާއިގެން އައީ ކާކުކަން ތިމަންކަލޭގެފާނުންގެ رَبّ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ފަހުކޮޅު ކާމިޔާބުވަނީ ކާކަށްކަންވެސް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ. ހަމަކަށަވަރުން އަނިޔާވެރިންނަށް ކާމިޔާބުނުވާ ހުއްޓެވެ.
-
28:38
وَقَالَ فِرْعَوْنُ يَـٰٓأَيُّهَا ٱلْمَلَأُ مَا عَلِمْتُ لَكُم مِّنْ إِلَـٰهٍ غَيْرِى فَأَوْقِدْ لِى يَـٰهَـٰمَـٰنُ عَلَى ٱلطِّينِ فَٱجْعَل لِّى صَرْحًا لَّعَلِّىٓ أَطَّلِعُ إِلَىٰٓ إِلَـٰهِ مُوسَىٰ وَإِنِّى لَأَظُنُّهُۥ مِنَ ٱلْكَـٰذِبِينَ
Wa-q̣aala Firʻawnu yaaaʹayyuhal malaʹu maa- ʻalimtu lakum min ʹilaahin g̣ayree: faʹawq̣id lee yaa-Haamaanu ʻalaṭ ṭeeni fajʻal lee ṣarḥal laʻalleee ʹaṭṭaliʻu ʹilaaa ʹilaahi Moosaa wa-ʹinnee laʹaz̤̣unnuhoo minal kaaẓibeen!
އަދި فرعون ބުންޏެވެ. އޭ قوم ގެ ބޮޑެތިމީހުންނޭވެ! އަހުރެން ފިޔަވައި އެހެން إله އެއް ކަލޭމެނަށް ވާކަމެއް އަހުރެންނަށް އެނގިގެން ނުވެއެވެ. އޭ هامان އެވެ! ކަލޭ އަލިފާން އަންދައި އީޓް ފިހެގެން އުސްބިނާއެއް އަހުރެންނަށް ހަދައިދީބަލާށެވެ! (އެތަނުން މައްޗަށް އަރައި) موسى އެބުނާ އެކަލޭގެފާނުންގެ إله އަށް އަހުރެން ބޯދީ ބަލައިލާނަމެވެ. އަހުރެންނަށް ހީވާގޮތުގައި އޭނާވަނީ ދޮގުވެރިންގެ ތެރެއިންނެވެ.
-
28:39
وَٱسْتَكْبَرَ هُوَ وَجُنُودُهُۥ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَظَنُّوٓا۟ أَنَّهُمْ إِلَيْنَا لَا يُرْجَعُونَ
Wastakbara huwa wa-junooduhoo fil ʹarḍi big̣ayril ḥaq̣q̣i waz̤̣annooo ʹannahum ʹilaynaa laa- yurjaʻoon!
ﷲ وحي ކުރެއްވިއެވެ. އަދި އޭނާޔާއި އޭނާގެ ސިފައިން (مصر ގެ) ބިމުގައި ބޮޑާވެއްޖެއެވެ. އެއްވެސް حقّ އެއް ނެތިއެވެ. އަދި އެމީހުން ހީކުރީ އެމީހުން ތިމަންރަސްކަލާނގެ حضرة އަށް އެނބުރި رجوع ނުވާނެކަމަށެވެ.
-
28:40
فَأَخَذْنَـٰهُ وَجُنُودَهُۥ فَنَبَذْنَـٰهُمْ فِى ٱلْيَمِّ ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلظَّـٰلِمِينَ
Faʹakhaẓnaahu wa-junoo-dahoo fanabaẓnaahum fil yamm: fañz̤̣ur kayfa kaana ʻAaq̣ibatuz̤̣ z̤̣aalimeen!
ދެންފަހެ ތިމަންރަސްކަލާނގެ އޭނާޔާއި އޭނާގެ ސިފައިން ހިތްޕެވީމެވެ. އަދި އެމީހުން ކަނޑަށް އަޅައިލީމެވެ. އަނިޔާވެރިންގެ ނިމުން ހުރީ ކޮންފަދައަކުންކަން ނިކަން ދެކިބަލާށެވެ!
-
28:41
وَجَعَلْنَـٰهُمْ أَئِمَّةً يَدْعُونَ إِلَى ٱلنَّارِ ۖ وَيَوْمَ ٱلْقِيَـٰمَةِ لَا يُنصَرُونَ
Wa-jaʻalnaahum ʹaʹimmatañy yadʻoona ʹilan Naar; Wa-Yawmal Q̣iyaamati laa- yuñṣaroon.
އަދި (ކާފަރުކަމުގެ ބޮޑެތި) إمام ންކަމުގައި ތިމަންރަސްކަލާނގެ އެމީހުން ލެއްވީމެވެ. އެމީހުން މީސްތަކުންނަށް ނަރަކައިގެ أهل ވެރިންގެ عمل ކުރުމަށް ގޮވައެވެ. އަދި قيامة ދުވަހުން އެމީހުންނަށް نصر ނުލިބެވޭނެއެވެ.
-
28:42
وَأَتْبَعْنَـٰهُمْ فِى هَـٰذِهِ ٱلدُّنْيَا لَعْنَةً ۖ وَيَوْمَ ٱلْقِيَـٰمَةِ هُم مِّنَ ٱلْمَقْبُوحِينَ
Wa-ʹatbaʻnaahum fee haaẓihid dunyaa Laʻnah; wa-Yawmal Q̣iyaamati hum minal maq̣booḥeen.
މިދުނިޔޭގައި ތިމަންރަސްކަލާނގެ އެމީހުންނަށް لَعْنَة تَبَع ކުރީމެވެ. (އެބަހީ: އެމީހުންގެ ވާހަކަދައްކާ ކޮންމެ މީހަކު އެމީހުންނަށް لعنة ދޭނެއެވެ. / ނުވަތަ ތިމަންރަސްކަލާނގެ އެމީހުން ހުރިހާ ހެޔޮކަމަކުން ދުރުކުރެއްވީމެވެ.) އަދި قيامة ދުވަހުން ކަނޑައެޅިގެން އެމީހުންވާހުށީ ހުތުރުވެގެންވާ މީހުންގެތެރެއިންނެވެ. ނުވަތަ ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.
-
28:43
وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ مِنۢ بَعْدِ مَآ أَهْلَكْنَا ٱلْقُرُونَ ٱلْأُولَىٰ بَصَآئِرَ لِلنَّاسِ وَهُدًى وَرَحْمَةً لَّعَلَّهُمْ يَتَذَكَّرُونَ
Wa-laq̣ad ʹaataynaa Moosal Kitaaba mim baʻdi maaa ʹahlaknal q̣uroonal ʹoolaa Baṣaaaʹira linnaasi wa-Hudañw wa-Raḥmatal laʻallahum yataẓakkaroon.
އަދި އިސްވެދިޔަ أُمَّة ތައް ހަލާކުކުރެއްވުމަށްފަހު ހަމަކަށަވަރުން ތިމަންރަސްކަލާނގެ موسى عليه السّلام އަށް ފޮތްދެއްވީމެވެ. އެއީ توراة އެވެ. (ދަންނައެވެ. ކިތަންމެ تفسير ފޮތެއްގައި ލިޔެވިގެންވެއެވެ. موسى عليه السّلام އަށް توراة ބާވައިލެއްވުމަށްފަހު ރާމާމަކުނަށް ބަދަލުވީ މީހުން އުޅުނު ރަށް މެނުވީ ﷲ ހަލާކު ނުކުރައްވައެވެ. ހަލާކު ކުރެއްވީ އޭގެ ކުރީގެ أمّة ތަކެވެ. والله أعلم. = تفسير قرطبى އިން = ) ދެންފަހެ موسى عليه السّلام އަށް އެފޮތް ބާވައިލެއްވީ އެމީހުންނަށްވާ އަލިކަމެއްގެގޮތުންނެވެ. ނުވަތަ އެމީހުން ބަލާ ވިސްނާހެދުމަށެވެ. އަދި ތެދުމަގަކާއި رحمة އެއްގެގޮތުންނެވެ. އެއީ އެމީހުން ﷲ ގެ نعمة ހަނދާންކޮށް شكر ކުރުމުގެ أمّيد ގައެވެ.
-
28:44
وَمَا كُنتَ بِجَانِبِ ٱلْغَرْبِىِّ إِذْ قَضَيْنَآ إِلَىٰ مُوسَى ٱلْأَمْرَ وَمَا كُنتَ مِنَ ٱلشَّـٰهِدِينَ
Wa-maa kuñta bijaanibil G̣arbiyyi ʹiẓ q̣aḍaynaaa ʹilaa Moosal ʹAmra wa-maa kuñta minash shaahideen.
(އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ موسى عليه السّلام އަށް أمر އާއި نهى ގެ ކަންތައްތައް فرض ކޮށްދެއްވިހިނދު ނުވަތަ އެކަލޭގެފާނަށް އެކަމުގެ تَكْلِيفُ ޖެއްސެވިހިނދު ހުޅަނގުފަރާތު ފަރުބަދައިގެ ކައިރީގައި ކަލޭގެފާނު ނުވަމުއެވެ. އަދި އެތަނަށް حاضر ވީމީހުންގެތެރޭގައި ކަލޭގެފާނު ނުވަމުއެވެ.
-
28:45
وَلَـٰكِنَّآ أَنشَأْنَا قُرُونًا فَتَطَاوَلَ عَلَيْهِمُ ٱلْعُمُرُ ۚ وَمَا كُنتَ ثَاوِيًا فِىٓ أَهْلِ مَدْيَنَ تَتْلُوا۟ عَلَيْهِمْ ءَايَـٰتِنَا وَلَـٰكِنَّا كُنَّا مُرْسِلِينَ
Wa-laakinnaaa ʹañshaʹnaa q̣uroonañ fataṭaawala ʻalayhimul ʻumur; wa-maa kuñta s̤aawiyañ feee ʹahli Madyana tatloo ʻalayhim ʹAayaatinaa wa-laakinnaa kunnaa mursileen.
އަދި އެހެނެއްކަމަކު (އޭގެ ފަހުގައި) ތިމަންރަސްކަލާނގެ أمّة ތަކެއް ހެއްދެވީމެވެ. ދެންފަހެ އެމީހުންގެ މައްޗަށް މުއްދަތު ދިގުވެ عمر ދިގުވީއެވެ. އަދި އެމީހުންގެމައްޗަށް ތިމަންރަސްކަލާނގެ އާޔަތްތައް ކިޔަވާ ވިދާޅުވެދެއްވާކަށް ކަލޭގެފާނު مَدْيَنُ ގެ أهل ވެރިންގެގާތުގައި قَائم ވެވަޑައިގެން ނުހުންނަވަމުއެވެ. އެހެނެއްކަމަކު ތިމަންރަސްކަލާނގެ ވޮޑިގެންވީ رسولބޭކަލުން ފޮނުއްވާ ކަލަކުކަމުގައެވެ.
-
28:46
وَمَا كُنتَ بِجَانِبِ ٱلطُّورِ إِذْ نَادَيْنَا وَلَـٰكِن رَّحْمَةً مِّن رَّبِّكَ لِتُنذِرَ قَوْمًا مَّآ أَتَىٰهُم مِّن نَّذِيرٍ مِّن قَبْلِكَ لَعَلَّهُمْ يَتَذَكَّرُونَ
Wa-maa kuñta bijaanibiṭ Ṭoori ʹiẓ naadaynaa wa-laakir Raḥmatam mir Rabbika lituñẓira q̣awmam maaa ʹataahum min naẓeerim miñ q̣ablika laʻallahum yataẓakkaroon.
އަދި ތިމަންރަސްކަލާނގެ (موسى عليه السّلام އަށް) ނިދާއިއްވެވިހިނދު ކަލޭގެފާނު طور ފަރުބަދައިގެ ކައިރީގައި ނުވަމުއެވެ. އެހެނެއްކަމަކު އެހެންހެއްދެވީ ކަލޭގެފާނުންގެ ربّ ގެ حضرة ންވާ رحمة އެއްގެ ގޮތުންނެވެ. އެއީ ކަލޭގެފާނުންގެ ކުރީން އެބައެއްގެގާތަށް އެއްވެސް نَذِير އަކު ފޮނުވިގެން ނުވާ ބަޔަކަށް (مكّة أهل ވެރިންނަށް) إنذار ކުރެއްވުމަށްޓަކައެވެ. އެއީ އެމީހުން އެތިބަ ނުބައި ގޮތްތައް ހަނދާންކޮށް توبة ވޭތޯއެވެ. • ދަންނައެވެ. ﷲ تعالى موسى عليه السّلام އަށް محمّد ގެފާނުންގެ أمّة ގެމީހުންގެ މާތްކަމުގެ ވާހަކަ وحي ކުރެއްވީމާ موسى عليه السّلام އެމީހުން ދުށުމަށް އެދިވަޑައިގެންނެވިއެވެ. އެވަގުތު ﷲ އެންގެވީ އެމީހުން އަދި ނުފެންނާނެކަމަށެވެ. އެކަމަކު އެމީހުންގެ އަޑުއިއްވަވާފާނެކަމަށެވެ. ދެން އެވަގުތު محمّد ގެފާނުންގެ أمّة ގެމީހުންނަށް ﷲ ނިދާއިއްވެވުމުން (ގޮވައިލެއްވުމުން) ބަފައިންގެ ބުރަކަށިތަކުގައި ތިބެފައި އެބަސްފުޅަށް ޖަވާބުދެއްވިކަމުގައިވެއެވެ. موسى عليه السّلام އަށް އިއްވެވިކަމުގައި ވެއެވެ. އަދި އެމީހުންނާ مخاطب ކުރައްވައި ކިތަންމެ ބަސްފުޅުތަކެއް އެވަގުތު وحي ކުރެއްވިކަމުގައިވެއެވެ. والله أعلم އިސްވެދިޔަ އާޔަތުން إشارة ވަނީ އެ واقعة އަށް ކަމުގައިވެއެވެ. = تفسير طبري - تفسير قرطبى =
-
28:47
وَلَوْلَآ أَن تُصِيبَهُم مُّصِيبَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ فَيَقُولُوا۟ رَبَّنَا لَوْلَآ أَرْسَلْتَ إِلَيْنَا رَسُولًا فَنَتَّبِعَ ءَايَـٰتِكَ وَنَكُونَ مِنَ ٱلْمُؤْمِنِينَ
Wa-lawlaaa ʹañ tuṣeebahum muṣeebatum bimaa q̣addamat ʹaydeehim fayaq̣ooloo Rabbanaa Law-laaa ʹarsalta ʹilaynaa rasoolañ fanattabiʻa ʹAayaatika wa-nakoona minal Muʹmineen!
އަދި އެމީހުންގެ އަތްތަކުން ކުރިކަންތަކުގެ ސަބަބުން (އެމީހުންކުރި ފާފައިގެ ސަބަބުން) އެމީހުންނަށް مصيبة އެއް ނުޖެހުނީ ކީއްވެގެންބާވައެވެ؟ (مصيبة އެއް ޖެހުނުނަމަ އެމީހުން) މިފަދައިން ބުނީހެވެ. އޭ އަޅަމެންގެ ربّ އެވެ! އަޅަމެންގެގާތަށް އިބަރަސްކަލާނގެ رسول ބޭކަލަކު ފޮނުއްވެވިނަމައެވެ. އޭރުން އަޅަމެން އިބަރަސްކަލާނގެ އާޔަތްތަކާއި تبع ވީހެވެ. އަޅަމެން ތެދުކުރާ މީހުންކަމުގައި (مؤمن ންކަމުގައި) ވީހެވެ.
-
28:48
فَلَمَّا جَآءَهُمُ ٱلْحَقُّ مِنْ عِندِنَا قَالُوا۟ لَوْلَآ أُوتِىَ مِثْلَ مَآ أُوتِىَ مُوسَىٰٓ ۚ أَوَلَمْ يَكْفُرُوا۟ بِمَآ أُوتِىَ مُوسَىٰ مِن قَبْلُ ۖ قَالُوا۟ سِحْرَانِ تَظَـٰهَرَا وَقَالُوٓا۟ إِنَّا بِكُلٍّ كَـٰفِرُونَ
Falammaa jaaaʹahumul Ḥaq̣q̣u min ʻiñdinaa q̣aaloo law-laaa ʹootiya mis̤la maaa ʹootiya Moosaa? ʹAwalam yakfuroo bimaaa ʹootiya Moosaa miñ q̣abl? Q̣aaloo siḥraani taz̤̣aaharaa! Wa-q̣aalooo ʹinnaa bikulliñ kaafiroon!
ދެންފަހެ ތިމަންރަސްކަލާނގެ حضرة ން އެމީހުންގެގާތަށް حقّ އައިހިނދުން (محمّد ﷺ ރަސޫލުކަމާއިގެން ވަޑައިގެންނެވުމުން އެމީހުން ހެދީ އިދިކޮޅެވެ.) އެމީހުން ބުނީ موسى عليه السّلام އަށް ދެއްވުނުފަދަ އެއްޗެއް - އެފަދަފޮތެއް - މި رسول އަށް ނުދެއްވުނީ ކީއްވެގެންބާވައެވެ؟ ނުވަތަ އެފަދަ ފޮތެއް މިކަލޭގެފާނަށްވެސް ދެއްވޭނެނަމައެވެ. (އޭގެ جواب ގައި ﷲ وحي ކުރައްވަނީ) އެމީހުން ފަހެ موسى عليه السّلام އަށް ބާވައިލެއްވުނު ތަކެއްޗަށް ކާފަރުނުވޭހެއްޔެވެ؟ އަދި އެމީހުން ބުނީ އެއީ ފައުޅުވެގެންވާ ދެ سحر ކަމުގައެވެ. (އެބަހީ: توراة އާއި قرآن އަކީ ދެ سحر ކަމުގައެވެ.) ނުވަތަ موسى عليه السّلام އާއި محمّد ﷺ އާއި ދެބޭކަލުންނަކީ ދެ سحر ވެރިންކަމުގައެވެ. އަދި އެމީހުން ބުނީ އަހުރެމެން މިވަނީ އެހުރިހާ އެއްޗަކަށް ކާފަރުވެގެންނެވެ. • ދަންނައެވެ. މިއާޔަތުގެ تفسير ގައި علم ވެރިން ގޮތްގޮތަށް ކިޔާފައިވެއެވެ. މިތާ ލިޔެވިފައި ވަނީ އެތަނުން އެއްގޮތެވެ. قِرَاة ތަފާތުވުމުގެ ސަބަބުންވެސް إختلاف ވާން ދިމާވީއެވެ. والله أعلم بالصّواب.
-
28:49
قُلْ فَأْتُوا۟ بِكِتَـٰبٍ مِّنْ عِندِ ٱللَّهِ هُوَ أَهْدَىٰ مِنْهُمَآ أَتَّبِعْهُ إِن كُنتُمْ صَـٰدِقِينَ
Q̣ul faʹtoo bi-Kitaabim min ʻiñdil laahi huwa ʹahdaa minhumaaa ʹattabiʻhu ʹiñ kuñtum ṣaadiq̣een!
(އޭ محمّد ﷺ އެވެ!) ކަލޭގެފާނު އެމީހުނަށް ވިދާޅުވާށެވެ! އެދެފޮތަށްވުރެ ތެދުމަގުގެ ގޮތުން މޮޅުފޮތެއް ﷲ ގެ حضرة ކަލޭމެން ނިކަން ގެނަސްބަލާށެވެ. އެފޮތަށް ތިމަންކަލޭގެފާނު تبع ވުމަށެވެ. ކަލޭމެން ތިޔަބުނީ ތެދެއްކަމުގައިވަންޏާ ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ ނިކަން މިކަން ކޮށްބަލާށެވެ!
-
28:50
فَإِن لَّمْ يَسْتَجِيبُوا۟ لَكَ فَٱعْلَمْ أَنَّمَا يَتَّبِعُونَ أَهْوَآءَهُمْ ۚ وَمَنْ أَضَلُّ مِمَّنِ ٱتَّبَعَ هَوَىٰهُ بِغَيْرِ هُدًى مِّنَ ٱللَّهِ ۚ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ
Faʹil lam yastajeeboo laka faʻlam ʹannamaa yattabiʻoona ʹahwaaaʹahum: wa-man ʹaḍallu mimmanit tabaʻa hawaahu big̣ayri hudam minal laah? ʹInnal laaha laa- yahdil q̣awmaz̤̣ z̤̣aalimeen.
ފަހެ އެމީހުން ކަލޭގެފާނަށް إجابة ނުދީފިއްޔާ ކަލޭގެފާނު ރަނގަޅަށް ދެނެވަޑައިގަންނަވާށެވެ. އެމީހުން އެ تبع ވަނީ ހަމަކަށަވަރުންވެސް އެމީހުންގެ هوى نفس އާއިއެވެ. އަމިއްލަ އެދުމާއިއެވެ. އަދި ﷲ ގެ حضرة ންވާ ތެދުމަގަކާއި ނުލައި ތިމާގެ އަމިއްލަ އެދުމަށް (ތިމާގެ هوى نفس އަށް) تبع ވާ މީހަކަށްވުރެ ވަކިންބޮޑަށް މަގުފުރެދިފައިވާ މީހަކީ ފަހެ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑަށް މަގުފުރެދިފައިވާ މީހަކު ނުވެއެވެ.)
-
28:51
۞ وَلَقَدْ وَصَّلْنَا لَهُمُ ٱلْقَوْلَ لَعَلَّهُمْ يَتَذَكَّرُونَ
Wa-laq̣ad waṣṣalnaa lahumul Q̣awla laʻallahum yataẓakkaroon.
އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންނަށް (يعني: قريش ންނަށާއި އަދި بني إسرائيل ންނަށް) ބަސް تفصيل ކޮށްދެއްވައި بيان ކޮށްދެއްވައިފީމެވެ. (އެބަހީ: އިސްވެދިޔަ أمّة ތަކުގެ خبر ތަކާއި ވާހަކަތައް އަދި އެމީހުންނަށް ދިމާވި ކަންތައްތައް ތިމަންރަސްކަލާނގެ تفصيل ކޮށް އެބައިމީހުންނަށް بيان ކޮށްދެއްވައިފީމެވެ. އެއީ رسول ﷲ ﷺ އާއި ބެހޭ خبر ތައް އެމީހުން ހަނދާންކޮށް އެއިން عبرة އެއް حاصل ކުރޭތޯއެވެ.
-
28:52
ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ مِن قَبْلِهِۦ هُم بِهِۦ يُؤْمِنُونَ
ʹAllaẓeena ʹaataynaahumul Kitaaba miñ q̣ablihee hum̃ bihee yuʹminoon;
އަދި މިކީރިތި قرآن ގެ ކުރީން އެމީހުންނަށް ފޮތްދެވުނުމީހުން މި قرآن އަށް إيمان ވެއެވެ. (އެބަހީ: އެމީހުންގެ ތެރެއިން ބައެއްމީހުން) قرآن ތެދުކުރެއެވެ.
-
28:53
وَإِذَا يُتْلَىٰ عَلَيْهِمْ قَالُوٓا۟ ءَامَنَّا بِهِۦٓ إِنَّهُ ٱلْحَقُّ مِن رَّبِّنَآ إِنَّا كُنَّا مِن قَبْلِهِۦ مُسْلِمِينَ
Wa-ʹiẓaa yutlaa ʻalayhim q̣aalooo ʹaamannaa biheee ʹinnahul Ḥaq̣q̣u mir Rabbinaaa ʹinnaa kunnaa miñ q̣ablihee Muslimeen.
އަދި އެމީހުންގެ މައްޗަށް މި قرآن ކިޔެވިއްޖެއްޔާ އެމީހުން ބުނެއެވެ. ހަމަކަށަވަރުން އަހުރެމެން އެފޮތަށް إيمان ވެއްޖައީމެވެ. އެފޮތް ތެދުކޮށްފީމެވެ. ހަމަކަށަވަރުން އެއީ އަހުރެމެންގެ ربّ ގެ حضرة ން އައިސްފައިވާ حقّ އެވެ. ހަމަކަށަވަރުން އަހުރެމެން ވަނީ އޭގެކުރީގައިވެސް - އެބަހީ: އެ قرآن ބާވައިލެއްވުމުގެ ކުރީގައިވެސް - އެފޮތަށް إيمان ވެ ބޯލަނބައިގެންނެވެ. ކިޔަމަންވެގެންނެވެ.
-
28:54
أُو۟لَـٰٓئِكَ يُؤْتَوْنَ أَجْرَهُم مَّرَّتَيْنِ بِمَا صَبَرُوا۟ وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ
ʹUlaaaʹika yuʹtawna ʹajrahum marratayni bimaa ṣabaroo wa-yadraʹoona bil-ḥasanatis sayyiʹata wa-mimmaa razaq̣naahum yuñfiq̣oon.
އެމީހުން ދަންނައެވެ. އެމީހުން ކެތްތެރިވިކަމަށްޓަކައި އެކަމުގެ ސަބަބުން އެމީހުންނަށް ދެފަހަރަށް ދަރުމަ ދެއްވޭނެއެވެ. (އެއީ އެމީހުން ކުރީފޮތަށް إيمان ވީކަމަށްޓަކައްޔާއި އަދި محمّد ﷺ އަށް إيمان ވީ ކަމަށްޓަކައެވެ. - ނުވަތަ އެމީހުން محمّد ﷺ ފޮނުއްވުމުގެ ކުރިންވެސް އެކަލޭގެފާނަށް إيمان ވީކަމަށްޓަކައާއި އެކަލޭގެފާނު ފޮނުއްވުމުންވެސް إيمان ވީކަމަށްޓަކައެވެ.) އަދި އެމީހުން ހެޔޮކަންތަކުން ނުބައިކަންތައް دفاع ކުރެއެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވި ރިޒުގުން އެމީހުން ހޭދަކުރެއެވެ. (ﷲ ގެ ކިޔަމަނުގައި އެކަލާނގެ މަގުގައި ހޭދަކުރެއެވެ.)
-
28:55
وَإِذَا سَمِعُوا۟ ٱللَّغْوَ أَعْرَضُوا۟ عَنْهُ وَقَالُوا۟ لَنَآ أَعْمَـٰلُنَا وَلَكُمْ أَعْمَـٰلُكُمْ سَلَـٰمٌ عَلَيْكُمْ لَا نَبْتَغِى ٱلْجَـٰهِلِينَ
Wa-ʹiẓaa samiʻul lag̣wa ʹaʻraḍoo ʻanhu wa-q̣aaloo lanaaa ʹaʻmaalunaa wa-lakum ʹaʻmaalukum; Salaamun ʻalaykum: laa- nabtag̣il jaahileen.
އަދި އެމީހުން بَاطِل އަދި ބޭކާރު ވާހަކަ އަހައިފިއްޔާ އެމީހުން އެވާހަކައިން ދުރުވެ ފުރަގަސްދެއެވެ. އަދި އެމީހުން ބުނެއެވެ. އަހުރެމެންނަށް އަހުރެމެންގެ عمل އެވެ. އަދި ކަލޭމެންނަށް ކަލޭމެންގެ عمل އެވެ. ކަލޭމެންގެ މައްޗަށް سلام ހުއްޓެވެ. އަދި جَاهل ންނާއި جَدل ކޮށް އެއްޗެތި ކިޔާކަށް އަހުރެމެން ނޭދެމެވެ.
-
28:56
إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَـٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ
ʹInnaka laa- tahdee man ʹaḥbabta wa-laakinnal laaha yahdee mañy yashaaaʹ: wa-Huwa ʹaʻlamu bil-muhtadeen.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ލޯބިފުޅުވާ މީހަކަށް ތެދުމަގު ދެއްކެވުން ކަލޭގެފާނަކަށް ނުވެއެވެ. އަދި އެހެންނަމަވެސް ﷲ އެދިވޮޑިގަންނަވާ ފަރާތަކަށް އެކަލާނގެ ތެދުމަގު ދައްކަވައެވެ. އަދި ތެދުމަގު ލިބިގަންނާނޭ ބަޔަކު އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. • ދަންނައެވެ. މިއާޔަތް ބާވައިލެއްވުނީ أبوطالب އާއިމެދުގައިކަމަށް ރިވާވެގެންވެއެވެ. أبوطالب މަރަށް حاضر ވީވަގުތު އެތަނަށް رسول ﷲ ﷺ ވަޑައިގެން އެކަލޭގެފާނު ލޯބިފުޅުވާ ބޮޑުބޭބެ أبوطالب އަށް هِدَايَة ދެއްކެވޭތޯ ވަރަށް މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް أبوطالب އެ كلمة ފުޅު ނުކިއެވެ. صَحَّ ގޮތުގައި ރިވާވެގެންވަނީ އެކަލޭގެފާނު މަރުވީ عبد المطلّب ގެ دين މަތީގައެވެ. إسلام دين ގެ މަތީގައެއްނޫނެވެ. އެކަމާގުޅޭގޮތުން މިއާޔަތް ބާވައިލެއްވި ކަމުގައިވެއެވެ. والله أعلم.
-
28:57
وَقَالُوٓا۟ إِن نَّتَّبِعِ ٱلْهُدَىٰ مَعَكَ نُتَخَطَّفْ مِنْ أَرْضِنَآ ۚ أَوَلَمْ نُمَكِّن لَّهُمْ حَرَمًا ءَامِنًا يُجْبَىٰٓ إِلَيْهِ ثَمَرَٰتُ كُلِّ شَىْءٍ رِّزْقًا مِّن لَّدُنَّا وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
Wa-q̣aalooo ʹin nattabiʻil hudaa maʻaka nutakhaṭṭaf min ʹarḍinaa. ʹAwalam numakkil lahum Ḥaraman ʹaaminañy yujbaaa ʹilayhi s̤amaraatu kulli shayʹir rizq̣am mil ladunnaa wa-laakinna ʹaks̤arahum laa- yaʻlamoon.
އަދި އެމީހުން ބުންޏެވެ. އެބަހީ: مكّة ގެ مشرك ން ބުންޏެވެ. އަހުރެމެން ކަލޭގެފާނާއިއެކު ތެދުމަގާއި حقّ دين އާއި تبع ވެއްޖެއްޔާއި (އެކިފަރާތްފަރާތުން މީހުން އައިސް) އަހުރެމެން ޖަހައިގަނެގެން ގެންގޮސްފާނެއެވެ. (އޭގެ جواب ގައި ﷲ އެ އަންގަވަނީ) އެމީހުންނަށް ފަހެ ތިމަންރަސްކަލާނގެ އަމާން حرم ފުޅެއް ދެއްވާ ހަމަޖައްސަވާފައި ނުވޭހެއްޔެވެ؟ ތިމަންރަސްކަލާނގެ حضرة ން ދެއްވާ ރިޒުގެއްގެގޮތުން އެތަނަށް ހުރިހާ ތަންތަނެއްގެ މޭވާ (ކާބޯތަކެތި) ޖަމާކުރެއެވެ. އަދި އެކަމަކު އެމީހުންކުރެ ގިނަމީހުންނަކަށް ނޭނގެއެވެ. (ތިމަންރަސްކަލާނގެ އެކަންކަން އެހެން ލައްވާފައިވާކަން ނޭނގޭބާވައެވެ؟)
-
28:58
وَكَمْ أَهْلَكْنَا مِن قَرْيَةٍۭ بَطِرَتْ مَعِيشَتَهَا ۖ فَتِلْكَ مَسَـٰكِنُهُمْ لَمْ تُسْكَن مِّنۢ بَعْدِهِمْ إِلَّا قَلِيلًا ۖ وَكُنَّا نَحْنُ ٱلْوَٰرِثِينَ
Wa-kam ʹahlaknaa miñ q̣aryatim baṭirat maʻeeshatahaa! Fatilka masaakinuhum lam tuskam mim baʻdihim ʹillaa q̣aleelaa! Wa-kunnaa Naḥnul waaris̤een!
އަދި އެރަށްރަށުގެ ދިރިއުޅުންކާފަރުވެ އެބަހީ އެރަށްރަށުގެ މީހުން نعمة އަށް ކާފަރުވެ شكر ނުކުރުމުގެ ސަބަބުން ތިމަންރަސްކަލާނގެ ހަލާކުކުރެއްވީ ކިތައްކިތައް ރަށްހެއްޔެވެ؟ ވަރަށްގިނަ ރަށް ހަލާކުކުރެއްވީމެވެ. އެމީސްމީހުން ދިރިއުޅުނު ތަންތަން އެހުރީއެވެ. (ވީރާނާވެގޮސްފައެވެ.) އެމީހުންނަށްފަހު އެތަންތާ ދާދިމަދުންމެނުވީ ދިރިނުއުޅެއެވެ. އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ވޮޑިގެންވަނީ ވާރުތަކުރައްވާ ކަލަކުކަމުގައެވެ.
-
28:59
وَمَا كَانَ رَبُّكَ مُهْلِكَ ٱلْقُرَىٰ حَتَّىٰ يَبْعَثَ فِىٓ أُمِّهَا رَسُولًا يَتْلُوا۟ عَلَيْهِمْ ءَايَـٰتِنَا ۚ وَمَا كُنَّا مُهْلِكِى ٱلْقُرَىٰٓ إِلَّا وَأَهْلُهَا ظَـٰلِمُونَ
Wa-maa kaana Rabbuka muhlikal q̣uraa ḥattaa yabʻas̤a feee ʹummihaa rasoolañy yatloo ʻalayhim ʹAayaatinaa; wa-maa kunnaa muhlikil q̣uraaa ʹillaa wa-ʹahluhaa z̤̣aalimoon.
(އޭ رسول ﷲ އެވެ!) އަދި ރަށްތަކުގެ މަންމަކަމުގައިވާ (ނުވަތަ އެންމެ عزّة ތެރި ރަށްކަމުގައިވާ) ރަށަށް يعني: مكّة އަށް رسول ބޭކަލަކު ފޮނުއްވައިފުމަށްދާންދެން އެރަށުގެ ވަށަވަށައިގެންވާ ރަށްތައް ހަލާކުކުރައްވާނޭ ކަލަކުކަމުގައި ކަލޭގެފާނުންގެ ربّ ނުވެއެވެ. އަދި އެރަސޫލުބޭކަލަކު އެމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ އާޔަތްތައް ކިޔަވާ ވިދާޅުވެދެއްވާނެ އަދި އެއްވެސް ރަށެއް އެރަށެއްގެ أهل ވެރިން އަނިޔާވެރިވެގެންވާ حال ގައިމެނުވީ ހަލާކު ކުރައްވާނޭ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެން ނުވަމެވެ.
-
28:60
وَمَآ أُوتِيتُم مِّن شَىْءٍ فَمَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا وَزِينَتُهَا ۚ وَمَا عِندَ ٱللَّهِ خَيْرٌ وَأَبْقَىٰٓ ۚ أَفَلَا تَعْقِلُونَ
Wa-maaa ʹooteetum miñ shayʹiñ famataaʻul ḥayaatid dunyaa wa-zeenatuhaa; wa-maa ʻiñdal laahi khayruñw waʹabq̣aa: ʹafalaa taʻq̣iloon?
އަދި ތަކެތީގެތެރެއިން يعني: މުދަލާއި ދަރިންގެތެރެއިން - ތިޔަބައިމީހުންނަށް ދެވިފައިވާނަމަ ވާކޮންމެ އެއްޗަކީ ދުނިޔޭގެ حياة ގައި ބޭނުންކޮށް މަޖާކޮށްލުމަށާއި އެތާނގެ ޒީނަތުގެގޮތުން ދެވިފައިވާ ތަކެއްޗެވެ. އަދި ﷲ ގެ حضرة ގައިވާތަކެތި (ثواب އާ ސުވަރުގެ) ހެޔޮވެފައި ދެމިހުރުން ބޮޑެވެ. ތިޔަބައިމީހުންނަށް ފަހެ އެއްޗެއް ނުވިސްނެނީހެއްޔެވެ؟
-
28:61
أَفَمَن وَعَدْنَـٰهُ وَعْدًا حَسَنًا فَهُوَ لَـٰقِيهِ كَمَن مَّتَّعْنَـٰهُ مَتَـٰعَ ٱلْحَيَوٰةِ ٱلدُّنْيَا ثُمَّ هُوَ يَوْمَ ٱلْقِيَـٰمَةِ مِنَ ٱلْمُحْضَرِينَ
ʹAfamañw waʻadnaahu waʻdan ḥasanañ fahuwa laaq̣eehi kamam mattaʻnaahu mataaʻal ḥayaatid dunyaa s̤umma huwa Yawmal Q̣iyaamati minal muḥḍareen?
އަޅެފަހެ ތިމަންރަސްކަލާނގެ އެމީހަކަށް ރަނގަޅު ހެޔޮ وعد އެއްކޮށް އަދި އެ وعد ކުރި ކަންތައް އެބަހީ: ސުވަރުގެ އެމީހަކަށް ލިބޭނެމީހާއާއި ދުނިޔޭގެ حياة ގައި ބޭނުންކޮށް ފައިދާ އުފުލާނެ މިންވަރެއްދެއްވި މީހާއާއި ދެމީހުން އެއްފަދަ ވާނޭ ހެއްޔެވެ؟ ނުވާނޭކަން ކަށަވަރެވެ. އަދި އެމީހާ يعني: ފަހުން މިބުނިމީހާ قيامة ދުވަހުންވާހުށީ އަލިފާނަށް حاضر ކުރެވޭނޭ މީހުންގެ ތެރެއިންނެވެ.
-
28:62
وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَآءِىَ ٱلَّذِينَ كُنتُمْ تَزْعُمُونَ
Wa-Yawma yunaadeehim fayaq̣oolu ʹayna shurakaaaʹiyal laẓeena kuñtum tazʻumoon?
އަދި އެކަލާނގެ އެމީހުންނަށް يعني: مشرك ންނަށް ނިދާއިއްވަވާދުވަހުން يعني قيَامَة ދުވަހުން އެމީހުންނަށް وحي ކުރައްވާނެއެވެ. ކަލޭމެން (ދުނިޔޭގައިއުޅުނުއިރު) شريك ންކަމުގައި ހީކޮށްގެންއުޅުނު شريك ންތައް ފަހެ ކޮބައިހެއްޔެވެ؟
-
28:63
قَالَ ٱلَّذِينَ حَقَّ عَلَيْهِمُ ٱلْقَوْلُ رَبَّنَا هَـٰٓؤُلَآءِ ٱلَّذِينَ أَغْوَيْنَآ أَغْوَيْنَـٰهُمْ كَمَا غَوَيْنَا ۖ تَبَرَّأْنَآ إِلَيْكَ ۖ مَا كَانُوٓا۟ إِيَّانَا يَعْبُدُونَ
Q̣aalal laẓeena ḥaq̣q̣a ʻalayhimul q̣awlu Rabbanaa haaaʹulaaaʹil laẓeena ʹag̣waynaa: ʹag̣waynaahum kamaa g̣awaynaa: tabarraʹnaaa ʹilayka maa- kaanooo ʹiyyaanaa yaʻbudoon.
އަދި އެމީހުންގެމައްޗަށް ކޯފާގެ ބަސްފުޅު حقّ ވީމީހުން ދަންނަވާނެއެވެ. އޭއަޅަމެންގެ ربّ އެވެ. އަޅަމެން މަގުފުރެއްދިމީހުން މިތިބީއެވެ. (އެމީހުން ބުނާނެއެވެ.) އަޅަމެން މަގުފުރެދުނުފަދައިން އަޅަމެން އެމީހުން މަގުފުރައްދައިލީއެވެ. އިބަރަސްކަލާނގެ حضرة އަށް އަޅަމެން އެމީހުންގެ ކިބައިން ބަރީއަވެއްޖައީމެވެ. އަދި އެމީހުން ކަނޑައެޅިގެން އަޅަމެންނަށް އަޅުކަން ނުކުރެއެވެ.
-
28:64
وَقِيلَ ٱدْعُوا۟ شُرَكَآءَكُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا۟ لَهُمْ وَرَأَوُا۟ ٱلْعَذَابَ ۚ لَوْ أَنَّهُمْ كَانُوا۟ يَهْتَدُونَ
Wa-q̣eelad ʻoo shurakaaaʹakum fadaʻawhum falam yastajeeboo lahum wa-raʹawul ʻaẓaaba law ʹannahum kaanoo yahtadoon!
އަދި (އެދުވަހުން) އެމީހުންނަށް ނިދާ އިއްވެވޭނެއެވެ. ބުނެވޭނެއެވެ. ﷲ އާއި شريك ކުރި ކަލޭމެންގެ شريك ންތަކަށް ކަލޭމެން ގޮވާށެވެ. ދެންފަހެ އެމީހުން އެތަކެއްޗަށް ގޮވާނެއެވެ. އަދި އެތަކެތި އެމީހުންނަށް އިޖާބަ ނުދޭނެއެވެ. އަދި އެބައިމީހުން عذاب ދެކޭނެއެވެ. އެހިނދު އެމީހުންވެސް ދުނިޔޭގައިތިބިއިރު ތެދުމަގުގައިވީނަމަ ރަނގަޅޭ ހިތަށްއަރާނެއެވެ. އެކަމަށް ލޯބިކުރާނެއެވެ. އެކަމަކު ދެން އޭރުންކުރާނީ ނަމައިގެ ކޮންފައިދާހެއްޔެވެ؟
-
28:65
وَيَوْمَ يُنَادِيهِمْ فَيَقُولُ مَاذَآ أَجَبْتُمُ ٱلْمُرْسَلِينَ
Wa-Yawma yunaadeehim fayaq̣oolu maa-ẓaaa ʹajabtumul mursaleen?
އަދި އެކަލާނގެ އެމީހުނަށް يعني: مشرك ންނަށް - ނިދާއިއްވަވާ ދުވަހުން - ފަހެ އެކަލާނގެ އެމީހުނަށް وحي ކުރައްވާނެއެވެ. ކަލޭމެން رسول ބޭކަލުންނަށް ދިނީ ކޮންޖަވާބެއްހެއްޔެވެ. ކީކޭހެއްޔެވެ؟
-
28:66
فَعَمِيَتْ عَلَيْهِمُ ٱلْأَنۢبَآءُ يَوْمَئِذٍ فَهُمْ لَا يَتَسَآءَلُونَ
Faʻamiyat ʻalayhimul ʹambaaaʹu Yawmaʹiẓiñ fahum laa- yatasaaaʹaloon!
ފަހެ އެމީހުންގެމައްޗަށް خبر ތައް އަނދިރިވެދާނެއެވެ. (އެބަހީ: ދައްކާނެ حجّة އެއްނެތި دليل އެއް ނެތި މުޅިން އެމީހުންބެދިދާނެއެވެ. އަދި އެމީހުން އެއްބަޔަކު އަނެއްބަޔަކާއި ސުވާލު ނުކުރާނެއެވެ. ނަސަބާއި ގާތްކަމުގެގޮތުންވެސް ސުވާލު ނުކުރާނެއެވެ.
-
28:67
فَأَمَّا مَن تَابَ وَءَامَنَ وَعَمِلَ صَـٰلِحًا فَعَسَىٰٓ أَن يَكُونَ مِنَ ٱلْمُفْلِحِينَ
Faʹammaa mañ taaba wa-ʹaamana wa-ʻamila ṣaaliḥañ faʻasaaa ʹañy yakoona minal Mufliḥeen.
ފަހެ توبة ވެގެން صالح عمل ކުރިމީހުން ދަންނައެވެ. އެމީހުންނަކީ ކާމިޔާބުވެ ނަސީބުލިބޭނޭ މީހުންގެތެރެއިން ވާނޭ މީހުންނެވެ.
-
28:68
وَرَبُّكَ يَخْلُقُ مَا يَشَآءُ وَيَخْتَارُ ۗ مَا كَانَ لَهُمُ ٱلْخِيَرَةُ ۚ سُبْحَـٰنَ ٱللَّهِ وَتَعَـٰلَىٰ عَمَّا يُشْرِكُونَ
Wa-Rabbuka yakhluq̣u maa- yashaaaʹu wayakhtaar: maa- kaana lahumul khiyarah: Subḥaanal laahi wa-taʻaalaa ʻammaa yushrikoon!
އަދި (އޭ رسول ﷲ އެވެ.) ކަލޭގެފާނުންގެ ربّ އެދިވޮޑިގަންނަވާ އެއްޗެއް ހައްދަވައެވެ. އަދި އެދިވޮޑިގެންނެވި މީހަކު (ތެދުމަގާއި إيمان ކަމަށާއި އަދި صَالح عمل ކުރުމަށް) إختيار ކުރައްވައި خاصّ ކުރައްވައެވެ. އަދި އެމީހުންނަށް (އެބަހީ: مشرك ންނަށް - އެމީހުން ބޭނުންމީހަކު رسول ކަމަށާއި نبي ކަމަށް) إختيار ކުރުމެއް ނުވެއެވެ. އަދި އެމީހުން އެ شرك ކުރާ ކަންތައް ފިޔަވައި ﷲ ހުސް طاهر ވެ އަދި މަތިވެރިވެވޮޑިގެންވެއެވެ.
-
28:69
وَرَبُّكَ يَعْلَمُ مَا تُكِنُّ صُدُورُهُمْ وَمَا يُعْلِنُونَ
Wa-Rabbuka yaʻlamu maa- tukinnu ṣudooruhum wa-maa yuʻlinoon.
އަދި ކަލޭގެފާނުންގެ رَبّ އެމީހުންގެ ހިތްތަކުގައި ފޮރުވި ވަންހަނާވެގެންވާ ތަކެއްޗާއި އަދި އެމީހުން ފައުޅުކުރާ ތަކެތިވެސް ދެނެވޮޑިގެންވެއެވެ.
-
28:70
وَهُوَ ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ۖ لَهُ ٱلْحَمْدُ فِى ٱلْأُولَىٰ وَٱلْـَٔاخِرَةِ ۖ وَلَهُ ٱلْحُكْمُ وَإِلَيْهِ تُرْجَعُونَ
Wa-Huwal laahu laaa ʹilaaha ʹillaa Hoo. Lahul Ḥamdu fil ʹoolaa wal-ʹaakhirah: wa-lahul Ḥukmu wa-ʹilayhi turjaʻoon.
އަދި އެކަލާނގެއީ އެކަލާނގެ މެނުވީ އަޅުކަންވެވުން حقّ ވެގެންވާ އެހެން އެއްވެސް إله އަކުނުވާ ﷲ އެވެ. ދުނިޔެއާއި آخرة ގައިވެސް އެންމެހައި حمد އާއި تعريف އެއް حقّ ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. އަދި (އެކަލާނގެ خلق ތަކުންގެ މެދުގައި) حكم ކުރައްވައި ނިޔާކުރެއްވުން خاصّ ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. އަދި ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ.
-
28:71
قُلْ أَرَءَيْتُمْ إِن جَعَلَ ٱللَّهُ عَلَيْكُمُ ٱلَّيْلَ سَرْمَدًا إِلَىٰ يَوْمِ ٱلْقِيَـٰمَةِ مَنْ إِلَـٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِضِيَآءٍ ۖ أَفَلَا تَسْمَعُونَ
Q̣ul ʹaraʹaytum ʹiñ jaʻalal laahu ʻalaykumul Layla sarmadan ʹilaa Yawmil Q̣iyaamati man ʹilaahun g̣ayrul laahi yaʹ-teekum̃ biḍiyaaaʹ? ʹAfalaa tasmaʻoon?
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނަށް އެކީއެކަށްޗަކަށް دائمى ގޮތެއްގައި قيامة ދުވަހާއި ހަމައަށްދާންދެންވެސް ﷲ تعالى ރޭގަނޑު ލައްވައިފިއްޔާ ދެން ކަލޭމެނަށް އަލިކަމެއް ގެނަސްދޭނީ ﷲ ނޫން ދެން ކޮން إله އެއްހެއްޔެވެ؟ ކަލޭމެން ފަހެ (އެއްޗެއްވިސްނާ فكر ކުރާފަދަ ގޮތަކަށް) ނުއަހާނޭހެއްޔެވެ؟
-
28:72
قُلْ أَرَءَيْتُمْ إِن جَعَلَ ٱللَّهُ عَلَيْكُمُ ٱلنَّهَارَ سَرْمَدًا إِلَىٰ يَوْمِ ٱلْقِيَـٰمَةِ مَنْ إِلَـٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِلَيْلٍ تَسْكُنُونَ فِيهِ ۖ أَفَلَا تُبْصِرُونَ
Q̣ul ʹaraʹaytum ʹiñ jaʻalal laahu ʻalaykumun Nahaara sarmadan ʹilaa Yawmil Q̣iyaamati man ʹilaahun g̣ayrul laahi yaʹteekum̃ bi-Layliñ taskunoona feeh? ʹAfalaa tubṣiroon?
(އޭ رسول ﷲ އެވެ؟) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނަށް އެކީއެކަށްޗަކަށް دائمى ގޮތެއްގައި قيامة ދުވަހާއި ހަމައަށްދާންދެންވެސް ﷲ تعالى ދުވާލު ލައްވައިފިއްޔާ އެރޭގަނޑުގެތެރޭގައި ކަލޭމެން މައިތިރިވެ ހިމޭންވާނޭ ރޭގަނޑެއް ކަލޭމެނަށް ގެނަސްދޭނީ ﷲ ނޫން ދެން ކޮން إله އެއްހެޔެއްވެ؟ ކަލޭމެން ފަހެ (ރޭދުވާ ތަކުރާރުވާތީ) ނުދެކޭހެއްޔެވެ؟ (މިހުރީ ހައްތާވެސް ﷲ ގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމެވެ.)
-
28:73
وَمِن رَّحْمَتِهِۦ جَعَلَ لَكُمُ ٱلَّيْلَ وَٱلنَّهَارَ لِتَسْكُنُوا۟ فِيهِ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ
Wa-mir Raḥmatihee jaʻala lakumul Layla wan-Nahaara litaskunoo feehi wa-litabtag̣oo miñ Faḍlihee wa-laʻallakum tashkuroon.
އަދި ތިޔަބައިމީހުންނަށްޓަކައި އެކަލާނގެ ރޭގަނޑާއި ދުވާލު ލެއްވުން އެއީ އެކަލާނގެ رحمة ގެ ތެރެއިންވާ ކަމެކެވެ. އެއީރޭގަނޑުގެތެރޭގައި ތިޔަބައިމީހުން މައިތިރިވެ ހަމަޖެހި އަރާމު ކުރުމަށެވެ. އަދި ދުވާލުގެ ވަގުތު އެކަލާނގެ فضل ވަންތަކަން އެދިގަތުމަށެވެ. ނުވަތަ ރޭގަނޑާއި ދުވާލު އެކަލާނގެ فضل ވަންތަކަން އެދިގަތުމަށެވެ. އަދި ތިޔަބައިމީހުން އެކަލާނގެއަށް شكر ކުރުމަށެވެ.
-
28:74
وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَآءِىَ ٱلَّذِينَ كُنتُمْ تَزْعُمُونَ
Wa-Yawma yunaadeehim fayaq̣oolu ʹayna shurakaaaʹiyal laẓeena kuñtum tazʻumoon?
އަދި އެމީހުންނަށް - އެބަހީ: مشرك ންނަށް - އެކަލާނގެ ނިދާއިއްވަވާދުވަހުން ފަހެ އެކަލާނގެ وحي ކުރައްވާނެއެވެ. ކަލޭމެން (ދުނިޔޭގައި އުޅުނުއިރު) ތިމަންރަސްކަލާނގެއަށްވާ شريك ން ކަމުގައި ހީކޮށްގެން އުޅުނު شريك ންތައް ފަހެ ކޮބައިހެއްޔެވެ؟ އެމީހުންނަށް އެ شريك ން ނުފެންނާނެއެވެ.
-
28:75
وَنَزَعْنَا مِن كُلِّ أُمَّةٍ شَهِيدًا فَقُلْنَا هَاتُوا۟ بُرْهَـٰنَكُمْ فَعَلِمُوٓا۟ أَنَّ ٱلْحَقَّ لِلَّهِ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ
Wa-nazaʻnaa miñ kulli ʹummatiñ shaheedañ faq̣ulnaa haatoo burhaanakum faʻalimooo ʹannal Ḥaq̣q̣a lillaahi wa-ḍalla ʻanhum maa kaanoo yaftaroon.
އަދި (قيامة ދުވަހުން) ތިމަންރަސްކަލާނގެ ކޮންމެ أمّة އަކުން ހެކިވެރިއަކު ވަކިކުރައްވައި حاضر ކުރައްވާހުށީމެވެ. އެއީ އެ أمّة ގެ نبي އާއެވެ. ދެންފަހެ مشرك ންނަށް ތިމަންރަސްކަލާނގެ އަންގަވާ ހުށީމެވެ. (އެއީ نبي އާ، ނަބީކަން އެންގެވިކަމަށް ވިދާޅުވުމަށްފަހުގައެވެ.) އެއަށްފަހު مشرك ންނަށް އަންގަވާނަމެވެ. ކަލޭމެން ކަލޭމެން އަޅުކަންކުރިތަކެއްޗަށް އަޅުކަންކުރުން ހުއްދަވާނެކަމުގެ حجّة އާއި برهان ނިކަން ގެނަސްބަލާށެވެ! (އެހިނދު އެމީހުންނަކަށް އެއްވެސް دليل އެއް حجّة އެއް ނުވާނެއެވެ.) އަދި ހަމަކަށަވަރުން حقّ ވަނީ ﷲ އަށް ކަން ރަނގަޅަށް އެމީހުންނަށް އެނގޭނެއެވެ. އަދި އެމީހުން (ދުނިޔޭގައި) ދޮގުހަދާކަމުގައިވިތަކެތި - ބުދުތައް - (ﷲ ފިޔަވައި އަޅުކަން އެފަރާތްތަކަށް ވެވުނު ހުރިހާތަކެތި) އެމީހުން ކިބައިން ގެއްލިގެން ހިނގައިދާނެއެވެ.
-
28:76
۞ إِنَّ قَـٰرُونَ كَانَ مِن قَوْمِ مُوسَىٰ فَبَغَىٰ عَلَيْهِمْ ۖ وَءَاتَيْنَـٰهُ مِنَ ٱلْكُنُوزِ مَآ إِنَّ مَفَاتِحَهُۥ لَتَنُوٓأُ بِٱلْعُصْبَةِ أُو۟لِى ٱلْقُوَّةِ إِذْ قَالَ لَهُۥ قَوْمُهُۥ لَا تَفْرَحْ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْفَرِحِينَ
ʹInna Q̣aaroona kaana miñ q̣awmi Moosaa fabag̣aa ʻalayhim: wa-ʹaataynaahu minal kunoozi maaa ʹinna mafaatiḥahoo latanoooʹu bilʻuṣbati ʹulil q̣uwwah. ʹIẓ q̣aala lahoo q̣awmuhoo laa- tafraḥ ʹinnal laah laa- yuḥibbul fariḥeen.
ހަމަކަށަވަރުން قَارُوْنُ ވީ موسى عليه السّلام ގެ ގާތްތިމާގެ މީހުންގެތެރެއިންނެވެ. (ބުނެވެނީ قَارُوْن އަކީ موسى عليه السّلام ގެ ބޮޑުބޭބެ ދަރިއެއްކަމުގައެވެ.) ފަހެ އޭނާ އެމީހުންގެ މައްޗަށް ބޮޑާވެ كِبر ވެރިވެގަތީއެވެ. އަދި އޭނާއަށް ތިމަންރަސްކަލާނގެ ގިނަ މުދަލާ كَنْزُ ތައް ދެއްވީމެވެ. ހަމަކަށަވަރުން އޭނާގެ خَزَانَة ތަކުގެ ތަޅުދަނޑިތައް އުފުލުމަށް ބާރުގަދަ جماعة އެއްގެބަޔަކަށްވެސް ބަރުވެގެންވެއެވެ. އަދި އޭނާގެ قوم ގެމީހުން އޭނާއަށް ބުނިހިނދު ހަނދުމަފުޅުކުރައްވާށެވެ. (އޭ قَارُوْن އެވެ!) ކަލޭ ބޮޑާވެ އުފާނުކުރާށެވެ! ހަމަކަށަވަރުން ބޮޑާވެ كِبر ވެރިވެ އުފާކުރާ މީހުންނަށް ﷲ ލޯބިވެވޮޑިގެން ނުވެއެވެ.
-
28:77
وَٱبْتَغِ فِيمَآ ءَاتَىٰكَ ٱللَّهُ ٱلدَّارَ ٱلْـَٔاخِرَةَ ۖ وَلَا تَنسَ نَصِيبَكَ مِنَ ٱلدُّنْيَا ۖ وَأَحْسِن كَمَآ أَحْسَنَ ٱللَّهُ إِلَيْكَ ۖ وَلَا تَبْغِ ٱلْفَسَادَ فِى ٱلْأَرْضِ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُفْسِدِينَ
Wabtag̣i feemaaa ʹaataakal laahud Daaral ʹAakhirata wa-laa tañsa naṣeebaka minad dunyaa wa-ʹaḥsin kamaaa ʹaḥsanal laahu ʹilayka wa-laa tabg̣il fasaada fil ʹarḍ: ʹinnal laaha laa- yuḥibbul mufsideen.
އަދި ކަލެއަށް ﷲ تعالى ދެއްވިތަކެތީން ކަލޭ آخرة އެދޭށެވެ. (އެބަހީ: އެމުދަލުން آخرة ބާއްޖަވެރިވާނެ عمل ކުރާށެވެ!) އަދި ދުނިޔެއިން ކަލެއަށް ލިބިފައިވާ ބައި (ކަލޭގެ حِصّة) ހަނދާންނައްތާ ނުލާށެވެ! (އެވަގުތުކޮޅުގައި އަދި އެތަކެތީން آخرة ރޯޝަންކުރެވޭފަދަ عمل ކުރާށެވެ!) އަދި ﷲ ކަލެއަށް إحسان ތެރިވެވޮޑިގެންނެވިފަދައިން ކަލޭވެސް މީސްތަކުންނަށް ހެޔޮކޮށްހިތާ إحسان ތެރިވާށެވެ! އަދި ބިމުގައި ފަސާދަކުރަން قصد ނުކުރާށެވެ! ހަމަކަށަވަރުން ފަސާދަކުރާ މީހުންނަށް ﷲ ލޯބިވެވޮޑި ނުގަންނަވާނެއެވެ.
-
28:78
قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلْمٍ عِندِىٓ ۚ أَوَلَمْ يَعْلَمْ أَنَّ ٱللَّهَ قَدْ أَهْلَكَ مِن قَبْلِهِۦ مِنَ ٱلْقُرُونِ مَنْ هُوَ أَشَدُّ مِنْهُ قُوَّةً وَأَكْثَرُ جَمْعًا ۚ وَلَا يُسْـَٔلُ عَن ذُنُوبِهِمُ ٱلْمُجْرِمُونَ
Q̣aala ʹinnamaaa ʹooteetuhoo ʻalaa ʻilmin ʻiñdee. ʹAwalam yaʻlam ʹannal laaha q̣ad ʹahlaka miñ q̣ablihee minal q̣urooni man huwa ʹashaddu minhu q̣uwwatañw waʹaks̤aru jamʻaa? Wa-laa yusʹalu ʻañ ẓunoobihimul mujrimoon.
އޭނާ އެބަހީ: قارون ބުންޏެވެ. އަހުރެންނަށް އެމުދާ ލިބިފައިވާކަން ކަށަވަރީ އަހުރެންގެ ކިބައިގައިވާ ވިޔަފާރީގެ ހުނަރުތައް މޮޅުކަމެވެ. އެކަމުގެ علم ހުރެގެނެވެ. (ﷲ تعالى އޭގެ جواب ގައި وحي ކުރެއްވިއެވެ.) އޭނާގެ ކުރިން އިސްވެދިޔަ أمّة ތަކުގެތެރޭގައި ބާރުގެގޮތުން މާގަދަފަދަ މީހުންނާއި ވިޔަފާރީގެގޮތުން މުދާ އެއްކޮށް ޖަމަޢަކުރުމުގައި މާ ހުނަރުވެރި ކިތަންމެބަޔަކު ﷲ ހަލާކުކުރެއްވިކަން އޭނާއަށް ފަހެ ނޭނގޭބާވައެވެ. (އެއީ އެމީހުން ނުބައިވީހިނދުންނެވެ. ފާފަތަކަށް އަރައި ނުކިޔަމަންތެރިވުމުގެ ސަބަބުންނެވެ.) އަދި ނުބައިމީހުންކުރެން - (مجرم ންކުރެން) - އެމީހުންގެ ފާފަޔާއިމެދު (قيامة ދުވަހުން) ސުވާލު ނުވެވޭނެއެވެ. (އެއީ އެމީހުންގެ ފާފަތަކުގެ ފައުޅުކަން ބޮޑުކަމުންނެވެ.)
-
28:79
فَخَرَجَ عَلَىٰ قَوْمِهِۦ فِى زِينَتِهِۦ ۖ قَالَ ٱلَّذِينَ يُرِيدُونَ ٱلْحَيَوٰةَ ٱلدُّنْيَا يَـٰلَيْتَ لَنَا مِثْلَ مَآ أُوتِىَ قَـٰرُونُ إِنَّهُۥ لَذُو حَظٍّ عَظِيمٍ
Fakharaja ʻalaa q̣awmihee fee zeenatih. Q̣aalal laẓeena yureedoonal Ḥayaatad Dunyaa yaalayta lanaa miṣla maaa ʹootiya Q̣aaroonu ʹinnahoo ḥaz̤̣z̤̣in laẓoo ʻaz̤̣eem!
ދެންފަހެ އޭނާ يعني: قارون އޭނާގެ ފުރިހަމަ ޒީނަތްތެރިކަމުގައި އޭނާގެ قوم ގެތެރެއަށް (އެއްދުވަހަކު) ނުކުތެވެ. އެހިނދު އޭނާގެ މުދާވެރިކަމާއި عزّة ތެރިކަން ދެކެފައި ދުނިޔޭގެ حياة ގެ ދިރިއުޅުން އެދޭމީހުން ބުންޏެވެ. قارون އަށްއެލިބިގެންވާފަދަ ތަކެތި އަހުރެމެންނަށްވެސް ލިބިފައިވީނަމަ ކޮންފަދަ ރަނގަޅުހެއްޔެވެ؟ ހަމަކަށަވަރުން އޭނާ އެވަނީ ބޮޑުވެގެންވާ ނަސީބެއްގައެވެ.
-
28:80
وَقَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ وَيْلَكُمْ ثَوَابُ ٱللَّهِ خَيْرٌ لِّمَنْ ءَامَنَ وَعَمِلَ صَـٰلِحًا وَلَا يُلَقَّىٰهَآ إِلَّا ٱلصَّـٰبِرُونَ
Wa-q̣aalal laẓeena ʹootul ʻilma waylakum s̤awaabul laahi khayrul liman ʹaamana wa-ʻamila ṣaaliḥaa: wa-laa yulaq̣q̣aahaaa ʹillaṣ Ṣaabiroon.
އަދި ތަންދޮރުދަންނަމީހުން ހަރުދަނާ عِلْمُ ވެރިން އެމީހުނާ ދިމާއަށް ބުންޏެވެ. ކަލޭމެނަށް ހަލާކުހުއްޓެވެ. އީމާންވެ صالح عمل ކުރިމީހުންނަށް ﷲ ގެ حضرة ގައި ހުރި ثواب އާއި ދަރުމަ މާހެޔޮވެގެންވެއެވެ. އަދި ކެތްތެރިންނަށް މެނުވީ އެފަދަ ثواب އާއި ދަރުމަ ނުލިބެވޭހުއްޓެވެ. ނުވަތަ އެ علم ވެރިން އެބުނިފަދަ ހެޔޮ كلمة އެއް ބުނުމުގެ توفيق ކެތްތެރިންނަށް މެނުވީ ނުލިބެއެވެ.
-
28:81
فَخَسَفْنَا بِهِۦ وَبِدَارِهِ ٱلْأَرْضَ فَمَا كَانَ لَهُۥ مِن فِئَةٍ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مِنَ ٱلْمُنتَصِرِينَ
Fakhasafnaa bihee wa-bidaarihil ʹarḍ; famaa kaana lahoo miñ fiʹatiñy yañṣuroonahoo miñ doonil laahi wa-maa kaana minal muñtaṣireen.
ދެންފަހެ އޭނާޔާއި - އެބަހީ: قَارون އާއި އޭނާގެ ގެތައް ބިމުގެ ތެރެއަށް ތިމަންރަސްކަލާނގެ ގަންބަވައިގެންނެވީމެވެ. އަދި އޭނާއަށް نصر ދޭނޭ އެއްވެސް جماعة އެއް - އަދި ޕާޓީއެއް އޭނާއަކަށް ނުވިއެވެ. އަދި نصر ލިބެވުނުމީހުންގެތެރެއިން އޭނާ ނުވިއެވެ.
-
28:82
وَأَصْبَحَ ٱلَّذِينَ تَمَنَّوْا۟ مَكَانَهُۥ بِٱلْأَمْسِ يَقُولُونَ وَيْكَأَنَّ ٱللَّهَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِۦ وَيَقْدِرُ ۖ لَوْلَآ أَن مَّنَّ ٱللَّهُ عَلَيْنَا لَخَسَفَ بِنَا ۖ وَيْكَأَنَّهُۥ لَا يُفْلِحُ ٱلْكَـٰفِرُونَ
Wa-ʹaṣbaḥal laẓeena tamannaw makaanahoo bil-ʹamsi yaq̣ooloona waykaʹannal laaha yabsuṭur rizq̣a limañy yashaaaʹu min ʻibaadihee wa-yaq̣dir! Law-laaa ʹam mannal laahu ʻalaynaa lakhasafa binaa! Waykaʹannahoo laa- yufliḥul kaafiroon!
އަދި އިއްޔެ قارون ގެ ދަރަޖަޔާ އޭނާގެ މުދަލާ مقام އެދުނުމީހުން މިއަދު ބުނާކަމުގައިވިއެވެ. ހިތާމަހުއްޓެވެ. ކަލޭމެން ހޭއަރާށެވެ. ހަމަކަށަވަރުން ﷲ تعالى އެކަލާނގެ އަޅުތަކުންގެތެރެއިން އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ރިޒުގު ތަނަވަސް ކުރައްވައި އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ދަތިކުރައްވައެވެ. އަދި ﷲ تعالى އަހުރެމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިނުގެންނެވިނަމަ / رحمة ނުލެއްވިނަމަ އަހުރެމެންވެސް قارون އާއި އެކީ ގަންބަވައިގަންނަވައިފީހެވެ. ހިތާމަ ހުއްޓެވެ. އަދި ކަލޭމެން ހޭއަރާށެވެ. ހަމަކަށަވަރުން كافر ންނަށް އެކަލާނގެ ކާމިޔާބު ނުދެއްވާނެއެވެ.
-
28:83
تِلْكَ ٱلدَّارُ ٱلْـَٔاخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِى ٱلْأَرْضِ وَلَا فَسَادًا ۚ وَٱلْعَـٰقِبَةُ لِلْمُتَّقِينَ
Tilkad Daarul ʹAakhiratu najʻaluhaa lillaẓeena laa- yureedoona ʻuluwwañ fil ʹarḍi wa-laa fasaadaa: wal-ʻaaq̣ibatu lil-Muttaq̣een.
آخرة ގެ އެގޮވަތި، އެބަހީ: ސުވަރުގެޔާއި އެތާނގެ نعمة ތިމަންރަސްކަލާނގެ ލެއްވީ ބިންމަތީގައި ބޮޑާވެ كبر ވެރިވާން ނޭދޭ މީހުންނަށެވެ. އަދި ފާސިދުކަމެއްވެސް ނޭދޭމީހުންނަށެވެ. އަދި ފަހުކޮޅުވަނީ تقوى ވެރިންނަށެވެ. ސުވަރުގެވަނީ تقوى ވެރިންނަށެވެ.
-
28:84
مَن جَآءَ بِٱلْحَسَنَةِ فَلَهُۥ خَيْرٌ مِّنْهَا ۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجْزَى ٱلَّذِينَ عَمِلُوا۟ ٱلسَّيِّـَٔاتِ إِلَّا مَا كَانُوا۟ يَعْمَلُونَ
Mañ jaaaʹa bilḥasanati falahoo khayrum minhaa; wa-mañ jaaaʹa bissayyiʹati falaa yujzal laẓeena ʻamilus sayyiʹaati ʹillaa maa- kaanoo yaʻmaloon.
ހެޔޮކަމެއް ކުރިމީހާ ދަންނައެވެ. ފަހެ އެމީހާއަށް އެމީހާ އެކުރި ހެޔޮކަމަށްވުރެ މާހެޔޮ ދަރުމަޔާއި ثواب ހުންނަހުއްޓެވެ. އަދި ނުބައިކަމެއް ކުރި މީހާ ދަންނައެވެ. ފަހެ ނުބައި عمل ކުރި މީހުންނަށް އެމީހުން އެކުރި ނުބައިކަމާއި - ނުބައި عمل އާއި އެއްފަދަ ޖަޒާއެއް މެނުވީ ނުލިބޭނެއެވެ. (ނުބައި ޖަޒާ ގިނަ ނުވާހުއްޓެވެ. ހެޔޮ عمل ގެ ޖަޒާ ގިނަވާހުއްޓެވެ. އެއީ ހެޔޮކަމަކަށް ދިހަ ހެޔޮކަން ދެން އެއަށްވުރެ ގިނަވެގެންގޮސް ﷲ އެދިވޮޑިގަންނަވާހާ ވަރަކަށެވެ.)
-
28:85
إِنَّ ٱلَّذِى فَرَضَ عَلَيْكَ ٱلْقُرْءَانَ لَرَآدُّكَ إِلَىٰ مَعَادٍ ۚ قُل رَّبِّىٓ أَعْلَمُ مَن جَآءَ بِٱلْهُدَىٰ وَمَنْ هُوَ فِى ضَلَـٰلٍ مُّبِينٍ
ʹInnal laẓee faraḍa ʻalaykal Q̣ur-ʹaana laraaadduka ʹilaa Maʻaad. Q̣ur Rabbeee ʹaʻlamu mañ jaaaʹa bil-hudaa wa-man huwa fee ḍalaalim mubeen.
ހަމަކަށަވަރުން ކަލޭގެފާނުންގެ މައްޗަށް قرآن ބާވައިލެއްވިކަލާނގެ مَعَاد އަށް ކަލޭގެފާނު ރައްދުކުރައްވާ ހުއްޓެވެ. (އެއީ ކަލޭގެފާނަށް وعد ވެވިގެންވާ ތަނެވެ. އެތަނަކީ مكّة އެވެ. ނުވަތަ މަރެވެ. ނުވަތަ އެއީ ސުވަރުގެއެވެ. والله أعلم)\nކަލޭގެފާނު ވިދާޅުވާށެވެ! ތެދުމަގާއިގެން އައިމީހާއާއި އަދި ބަޔާންވެގެންވާ މަގުފުރެދުމުގައިވާމީހާވެސް ތިމަންކަލޭގެފާނުންގެ ربّ ދެނެވޮޑިގެންވެއެވެ.
-
28:86
وَمَا كُنتَ تَرْجُوٓا۟ أَن يُلْقَىٰٓ إِلَيْكَ ٱلْكِتَـٰبُ إِلَّا رَحْمَةً مِّن رَّبِّكَ ۖ فَلَا تَكُونَنَّ ظَهِيرًا لِّلْكَـٰفِرِينَ
Wa-maa kuñta tarjooo ʹañy yulq̣aaa ʹilaykal Kitaabu ʹillaa Raḥmatam mir Rabbika falaa takoonanna z̤̣aheeral lil-kaafireen.
(އޭ رسول ﷲ އެވެ!) ކަލޭގެފާނަށް ފޮތްބާވައިލެއްވުމަކަށް ކަލޭގެފާނު އެދިވަޑައިގެންނެވި ކަމުގައި ނުވެއެވެ. އެކަމަކު ކަލޭގެފާނުންގެ ربّ ގެ حضرة ންވާ رحمة އެއްކަމުގައި މެނުވީ އެފޮތް ބާވައިލެއްވުން ނުވެއެވެ. ފަހެ ކާފަރުންނަށް އެހީވެ ވާގިވެރިވާ މީހަކުކަމުގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ.
-
28:87
وَلَا يَصُدُّنَّكَ عَنْ ءَايَـٰتِ ٱللَّهِ بَعْدَ إِذْ أُنزِلَتْ إِلَيْكَ ۖ وَٱدْعُ إِلَىٰ رَبِّكَ ۖ وَلَا تَكُونَنَّ مِنَ ٱلْمُشْرِكِينَ
Wa-laa yaṣuddunnaka ʻan ʹAayaatil laahi baʻda ʹiẓ ʹuñzilat ʹilayk: wadʻu ʹilaa Rabbika wa-laa takoonanna minal mushrikeen.
އަދި ކަލޭގެފާނަށް ބާވައިލެއްވުމަށްފަހު ﷲ ގެ آية ތަކުން ކަލޭގެފާނު އަނބުރާ ދުރުކުރުވިޔަ ނުދޭށެވެ. އަދި ކަލޭގެފާނުންގެ ربّ އަށް ކަލޭގެފާނު دعاء ކުރައްވާށެވެ. އަދި مشرك ންގެތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ.
-
28:88
وَلَا تَدْعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ ۘ لَآ إِلَـٰهَ إِلَّا هُوَ ۚ كُلُّ شَىْءٍ هَالِكٌ إِلَّا وَجْهَهُۥ ۚ لَهُ ٱلْحُكْمُ وَإِلَيْهِ تُرْجَعُونَ
Wa-laa tadʻu maʻal laahi ʹilaahan ʹaakhar. Laaa ʹilaaha ʹillaa Hoo. Kullu shayʹin haalikun ʹillaa Wajhah. Lahul Ḥukmu wa-ʹilayhi turjaʻoon.
އަދި ﷲ އާއި އެކު ކަލޭގެފާނު އެހެން إله އަކަށް ގޮވާ دعاء ކުރައްވާ ނުހައްދަވާށެވެ! އެކަލާނގެ މެނުވީ (حقّ) އެހެން އެއްވެސް إله އަކު ނުވެއެވެ. އެކަލާނގެ وجه ފުޅު އެބަހީ: އެކަލާނގެ ذات ފުޅު މެނުވީ ހުރިހާ ތަކެއްޗަކީ (قيامة ވުމުގެ ކުރިން) ހަލާކުވެ ފަނާވެދާނޭ ތަކެއްޗެވެ. (އެކަލާނގެ خلق ތަކުންގެ މެދުގައި) حكم ކުރެއްވުންވަނީ ހަމައެކަނި އެކަލާނގެއަށެވެ. މި حكم ކުރެއްވުމަކީ ދުނިޔޭގައިވެސް حكم ކުރެއްވުމެވެ. އަދި آخرة ގައިވެސް حكم ކުރެއްވުމެވެ. ހުރިހާ حكم އެއްގެ ވެރިޔަކީ އެކަލާނގެއެވެ. އަދި ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ.
Surah Al-'AnkabutBegins here at 29:1
-
29:1
الٓمٓ
ʹAlif-Laaam-Meeem.
الم މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
-
29:2
أَحَسِبَ ٱلنَّاسُ أَن يُتْرَكُوٓا۟ أَن يَقُولُوٓا۟ ءَامَنَّا وَهُمْ لَا يُفْتَنُونَ
ʹAḥasiban naasu ʹañy yutrakooo ʹañy yaq̣oolooo ʹaamannaa Wahum laa- yuftanoon?
ތިމާމެން މިތިބީ إيمان ވެގެންނޭ ބުނީމާ އެމީހުން إمتحان ނުކުރެވި އެމީހުން ދޫކުރައްވާނޭކަމަށް މީސްތަކުން ހީކުރަނީހެއްޔެވެ؟ (އެހެން ނުވާނެއެވެ. إيمان ވެގެންނޭ ބުނި އެންމެންގެ إيمان ކަން ތިމަންރަސްކަލާނގެ ޗެކްކުރައްވާ إمتحان ކުރައްވާ ހުށީމެވެ. ބިރުވެރިކަމާއި ބަލިމަޑުކަންފަދަ ކަންކަން ޖައްސަވައިގެން މީސްތަކުން إمتحان ކުރައްވާހުށީމެވެ.)
-
29:3
وَلَقَدْ فَتَنَّا ٱلَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُوا۟ وَلَيَعْلَمَنَّ ٱلْكَـٰذِبِينَ
Wa-laq̣ad fatannal laẓeena miñ q̣ablihim falayaʻlamannal laahul laẓeena ṣadaq̣oo wa-la-yaʻlamannal kaaẓibeen.
އަދި ހަމަކަށަވަރުން މިމީހުންގެކުރިން އިސްވެދިޔަ أمّة ތަކުގެ މީސްތަކުންވެސް ތިމަންރަސްކަލާނގެ إمتحان ކުރެއްވީމެވެ. އަދި އެމީހުންގެތެރެއިން އެމީހުންގެ އެބުނި ބަހުގައި (ތިމާމެން މިތިބީ إيمان ވެގެންނޭ ބުނި ބަހުގައި) ތެދިވެރިވީ ކޮންބައެއްކަމާއި ދޮގުހެދީ ކޮންބައެއްކަންވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. (އަދި ހަމަކަށަވަރުންވެސް ތިމަންރަސްކަލާނގެ އެ ދެނެވޮޑިގަތުން ފައުޅުކުރައްވާހުށީމެވެ.)
-
29:4
أَمْ حَسِبَ ٱلَّذِينَ يَعْمَلُونَ ٱلسَّيِّـَٔاتِ أَن يَسْبِقُونَا ۚ سَآءَ مَا يَحْكُمُونَ
ʹAm ḥasibal laẓeena yaʻmaloonas sayyiʹaati ʹañy yasbiq̣oonaa? Saaaʹa maa- yaḥkumoon!
އަދި ނުބައިކަންތައްތައް ކުރަމުންދާމީހުން ތިމަންރަސްކަލާނގެއަށް އަތުނުވެ ދެވިދާނެކަމަށް - ތިމަންރަސްކަލާނގެ ނުކުޅައްދައި ލެވިދާނެކަމަށް - އެމީހުން ހީކުރަނީހެއްޔެވެ؟ އެހެންކަމަށް އެމީހުން ނިންމައި حكم ކުރިކަމަށް ވަންޏާ އެމީހުންގެ حكم ގެ ނުބައިކަމާއެވެ!
-
29:5
مَن كَانَ يَرْجُوا۟ لِقَآءَ ٱللَّهِ فَإِنَّ أَجَلَ ٱللَّهِ لَـَٔاتٍ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ
Mañ Kaana yarjoo liq̣aaa ʹallaahi faʹinna ʹAjalal laahi laʹaat; wa-Huwas Sameeʻul ʻAleem.
(قيامة ދުވަހުން) ﷲ އާއި ބައްދަލުވުމަށްއެދޭ މީހާ (ނުވަތަ ބިރުވެތިވާމީހާ) ދަންނައެވެ. ފަހެ ހަމަކަށަވަރުން ﷲ ކަނޑައަޅުއަވާފައިވާ އަޖަލު - (އެބަހީ: މީސްތަކުން މަރުވުމަށްފަހު محشر އަށް ފޮނުއްވުމަށް ކަނޑައަޅުއްވާފައިވާ މުއްދަތު) ކަނޑައެޅިގެން އަންނަހުއްޓެވެ. އެމީހަކު އެކަލާނގެއާއި ބައްދަލުވާހުއްޓެވެ. އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
29:6
وَمَن جَـٰهَدَ فَإِنَّمَا يُجَـٰهِدُ لِنَفْسِهِۦٓ ۚ إِنَّ ٱللَّهَ لَغَنِىٌّ عَنِ ٱلْعَـٰلَمِينَ
Wa-mañ jaahada faʹinnamaa yujaahidu linafsih; ʹinnal laaha la-G̣aniyyun ʻanil ʻaalameen.
އަދި (ﷲ ގެ މަގުގައި) جِهَادُ ކޮށް ހަނގުރާމަކުރާ މީހާ އޭނާ އެ ހަނގުރާމަކުރަނީ އޭނާގެ نفس އަށެވެ. (އެބަހީ: އެކަމުގެ ދަރުމަޔާ ثواب ހުންނަހުރީ ހަމަ އޭނާއަށެވެ.) ހަމަކަށަވަރުން ﷲ އީ عالم ތައް ފިޔަވައި ދުރުވެ ފުދިވޮޑިގެންވާ ކަލާނގެއެވެ.
-
29:7
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَنُكَفِّرَنَّ عَنْهُمْ سَيِّـَٔاتِهِمْ وَلَنَجْزِيَنَّهُمْ أَحْسَنَ ٱلَّذِى كَانُوا۟ يَعْمَلُونَ
Wallaẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati lanukaffiranna ʻanhum sayyiʹaatihim wa-lanajziyannahum ʹaḥsanal laẓee kaanoo yaʻmaloon.
އަދި އީމާންވެގެން صالح عمل ކުރި މީސްތަކުން ދަންނައެވެ. ހަމަކަށަވަރުން އެމީހުންގެ ކުށްފާފަތައް ތިމަންރަސްކަލާނގެ ފުއްސަވާހުށީމެވެ. އަދި އެމީހުން ކުރާކަމުގައިވި ރަނގަޅު ހެޔޮކަންތައްތަކަށް އެއަށްވުރެ ހެޔޮދަރުމަ ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވާހުށީމެވެ.
-
29:8
وَوَصَّيْنَا ٱلْإِنسَـٰنَ بِوَٰلِدَيْهِ حُسْنًا ۖ وَإِن جَـٰهَدَاكَ لِتُشْرِكَ بِى مَا لَيْسَ لَكَ بِهِۦ عِلْمٌ فَلَا تُطِعْهُمَآ ۚ إِلَىَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
Wa-waṣṣaynal ʹiñsaana biwaalidayhi ḥusnaa: wa-ʹiñ jaahadaaka litushrika bee maa- laysa laka bihee ʻilmuñ falaa tuṭiʻhumaa. ʹIlayya marjiʻukum faʹunabbiʹukum̃ bimaa kuñtum taʻmaloon.
އަދި އިންސާނާ އޭނާގެ މައިންބަފައިންނާއިމެދު إحْسَان ތެރިވެ ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ އިންސާނާއަށް أمر ކުރެއްވީމެވެ. (އޭ އިންސާނާއެވެ!) ކަލެއަށް އެކަމަކާއިމެދު އެއްވެސް އެނގުމެއްނެތް ކަމެއްގައި ތިމަންރަސްކަލާނގެއާއި އެހެން ފަރާތަކާއި شريك ކުރުމަށް އެދެމީހުން ކަލެއަށް أمر ކޮށް ގަދަހަދާނަމަ ފަހެ އެކަމުގައި ކަލޭ އެދެމީހުންނަށް ކިޔަމަން ނުވާށެވެ. (އެހެން ކަންކަމުގައި އެދެމީހުންނަށް ކިއަމަންވެ إحسان ތެރިވާށެވެ.) ތިޔަބައިމީހުން އެނބުރު އައުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން ތިމަންރަސްކަލާނގެ ތިޔަބައިމީހުން (ދުނިޔޭގައި) ކުރި ކަންތައްކުގެ خبر ތިޔަބައިމީހުންނަށް އަންގާހުށީމެވެ. އަދި އެކަމުގެ ފުރިހަމަ جزاء ދެއްވާހުށީމެވެ!
-
29:9
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَنُدْخِلَنَّهُمْ فِى ٱلصَّـٰلِحِينَ
Wallaẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati lanudkhilannahum fiṣ Ṣaaliḥeen.
އަދި إيمان ވެގެން صالح عمل ތައްކުރި މީހުން ދަންނައެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުން صالح އަޅުންގެތެރެއަށް ވައްދަވާހުށީމެވެ. ނުވަތަ صالح އަޅުން ވައްދަވާ ތަނަށް އެމީހުން ވައްދަވާހުށީމެވެ. އެއީ ސުވަރުގެއެވެ.
-
29:10
وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ فَإِذَآ أُوذِىَ فِى ٱللَّهِ جَعَلَ فِتْنَةَ ٱلنَّاسِ كَعَذَابِ ٱللَّهِ وَلَئِن جَآءَ نَصْرٌ مِّن رَّبِّكَ لَيَقُولُنَّ إِنَّا كُنَّا مَعَكُمْ ۚ أَوَلَيْسَ ٱللَّهُ بِأَعْلَمَ بِمَا فِى صُدُورِ ٱلْعَـٰلَمِينَ
Wa-minan naasi mañy yaq̣oolu ʹaamannaa billaahi faʹiẓaaa ʹooẓiya fil laahi jaʻala fitnatan naasi kaʻAẓaabil laah! Wa-laʹiñ jaaaʹa naṣrum mir Rabbika layaq̣oolunna ʹinnaa kunnaa maʻakum! ʹA-walaysal laahu biʹaʻlama bimaa fee ṣudooril ʻaalameen?
އަދި މީސްތަކުންގެތެރޭގައި ތިމަންނާމެން މިތިބީ ﷲ އަށް إيمان ވެގެންނޭ ބުނާބަޔަކު ވެއެވެ. ދެންފަހެ ﷲ ގެ މަގުގައި އެމީހުންނަށް އުނދަގުލެއް ދިމާވެއްޖެއްޔާ މީސްތަކުންގެ ފަރާތުން ލިބޭ އުނދަގުލާއި فِتْنَة ވެރިކަން ﷲ ގެ عذاب ފަދައިން ހަދައިލަފާނެއެވެ. (އެބަހީ: މީސްތަކުން މަލާމާތްކޮށް ސަރުކާރުން ކުށްވެރިކޮށް ޖަލަށްލާ ހަދާފާނެކަމަށްލަފާކޮށް (ނުވަތަ އެފަދަ އަދަބު ލިބޭތީ ތިމާއަށް حقّ ވެގެންވާ عمل ނުކޮށް ދޫކޮށްލައެވެ.) މިޒަމާނަކަށް އައިސް ކިޔަވައިގެންތިބޭ ގިނަ عالم ންގެ حال ހުރީވެސް މިފަދައިންނެވެ. ތިމާގެކުރިމަތިން منكراة ތައް ހިނގަމުންދާއިރުވެސް އެއްބައިވަންތަކަން ގެއްލިދާނެކަމުގެ ބަހަނާގައި ނުވަތަ ތިމާއީ ހަރުކަށިމީހެކޭ ބުނެފާނެތީ، ސަރުކާރުގެ ޕޮލިސީއާއި ދިމާނުވާތީ، ނުވަތަ ޖަލަށްލައިފާނެތީ ހަމައަޅައިވެސް ނުލައި ހުރެދެއެވެ. އަދި ބައެއްފަހަރު ތިމާވެސް އެކަމުގައި ބައިވެރިވެއެވެ. ﷲ ގެ عذاب އާއި ކޯފާއަށްވުރެ މީސްތަކުންގެ ފަރާތުން ލިބޭ އުނދަގޫ ބޮޑުކަމަށް ހަދައެވެ. والعياذ ﷲ)\nއަދި ކަލޭގެފާނުންގެ ربّ ގެ حضرة ން ކޮންމެވެސް نصر ވެރިކަމެއް، އަދި ކާމިޔާބީއެއް (مؤمن ންނަށް) އަތުވެއްޖެއްޔާ އިސްވެދިޔަފަދަ މީހުން ބުނާނެހެވެ. އަހުރެމެންވެސް ހަމަކަށަވަރުން ވީ ކަލޭމެންނާއި އެކުގައެވެ. (އެބަހީ: އަހުރެމެންނަކީވެސް ހަމަ ކަލޭމެންކަހަލަ مؤمن ންނެވެ. ކަލޭމެނަށް އޮތް ހެވެއް އަހުރެމެންނަށްވެސް އޮންނާންވާނެއެވެ.) އޭގެ ޖަވާބުގައި ﷲ އެ އަންގަވާ އެންމެހައި މީސްތަކުންގެ ހިތްތަކުގައިވާ ކަންތައްތަކާއި ތަކެތި ﷲ ދެނެވޮޑިގެން ނުވޭހެއްޔެވެ؟ އެބަހީ: އެކަލާނގެ ދެނެވޮޑިގެންވެއެވެ.
-
29:11
وَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَلَيَعْلَمَنَّ ٱلْمُنَـٰفِقِينَ
Wa-la-yaʻlamannal laahul laẓeena ʹaamanoo wa-la-yaʻlamannal Munaafiq̣een.
އަދި ހަމަކަށަވަރުން مؤمن ން އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ހަމަކަށަވަރުން منافق ން އެކަލާނގެ ދެނެވޮޑިގެންވެއެވެ. ކުރިންވެސް بيان ކުރިފަދައިން ﷲ ގެ عذاب އާއި ކޯފާއަށްވުރެ މީސްތަކުންގެ އުނދަގުލަށް ޖެހިލުންވާމީހާ އެވަނީ منافق ންގެ ލިސްޓުގައި ކަމުގައި މިއާޔަތް ދަލީލު ކުރެއެވެ.
-
29:12
وَقَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوا۟ ٱتَّبِعُوا۟ سَبِيلَنَا وَلْنَحْمِلْ خَطَـٰيَـٰكُمْ وَمَا هُم بِحَـٰمِلِينَ مِنْ خَطَـٰيَـٰهُم مِّن شَىْءٍ ۖ إِنَّهُمْ لَكَـٰذِبُونَ
Wa-q̣aalal laẓeena kafaroo lillaẓeena ʹaamanut tabiʻoo sabeelanaa walnaḥmil khaṭaayaakum. Wa-maa hum̃ biḥaamileena min khaṭaayaahum miñ shayʹ; ʹinnahum lakaaẓiboon!
(مكّة ގެ) ކާފަރުން مؤمن ންނާއި ދިމާއަށް ބުންޏެވެ. ތިޔަބައިމީހުން އަހުރެމެންގެ މަގާއި تَبع ވާށެވެ. (އަހުރެމެންގެ عقيدة ހިފާށެވެ.) އަދި ތިޔަބައިމީހުންގެ ކުށްފާފަތަކުގެ ބުރަ އަހުރެމެން (قِيَامة ދުވަހުން) އުފުލާހުށީމެވެ. (އޭގެ جواب ގައި ﷲ އަންގަވައެވެ.) އެ مؤمن ންގެ ފާފައިގެ ބުރަ އުފުލާނެ ބަޔަކުކަމުގައި އެކާފަރުން ނުވެއެވެ. އޭގެއެއްވެސް މިންވަރެއް އެމީހުން ނުއުފުލާނެއެވެ. ހަމަކަށަވަރުން އެމީހުން އެއީ ދޮގުހަދާ ބަޔެކެވެ.
-
29:13
وَلَيَحْمِلُنَّ أَثْقَالَهُمْ وَأَثْقَالًا مَّعَ أَثْقَالِهِمْ ۖ وَلَيُسْـَٔلُنَّ يَوْمَ ٱلْقِيَـٰمَةِ عَمَّا كَانُوا۟ يَفْتَرُونَ
Wa-la-yaḥmilunna ʹas̤q̣aalahum wa-ʹas̤q̣aalam maʻa ʹas̤q̣aalihim, wa-la-yusʹalunna Yawmal Q̣iyaamati ʻammaa kaanoo yaftaroon.
ހަމަކަށަވަރުން (قيامة ދުވަހުން) އެމީހުން އެބަހީ: އެކާފަރުން އެމީހުންގެ ފާފައިގެ ބުރަކަމާއި އަދި އެހެން ބުރަތަކެއްވެސް އުފުލާނެއެވެ. (އެއީ އެމީހުން މަގުފުރެއްދި މީހުންގެ ފާފައިގެ ބުރައެވެ.) އަދި އެމީހުން ދުނިޔޭގައި އުޅުނުއިރު އެމީހުން ދޮގުކުރި ކަންތަކާއިމެދު އެމީހުންނާއި ސުވާލު ވެވޭނެއެވެ.
-
29:14
وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًا فَأَخَذَهُمُ ٱلطُّوفَانُ وَهُمْ ظَـٰلِمُونَ
Wa-laq̣ad ʹarsalnaa Nooḥan ʹilaa q̣awmihee falabis̤a feehim ʹalfa sanatin ʹillaa khamseena ʻaamaa; faʹakhaẓahumuṭ Ṭoofaanu wa-hum z̤̣aalimoon.
އަދި ހަމަކަށަވަރުން نوح عليه السّلام އެކަލޭގެފާނުންގެ قوم އަށް رسول ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު އެމީހުންނަށް رسول ކަން އިއްވެވުމަށް އެމީހުންގެތެރޭގައި ނުވަސަތޭކަ ފަންސާސް އަހަރު ހުންނެވިއެވެ. (ދެން އެމީހުންމީހުން ނުކިޔަމަންތެރިވީހިނދުން) އެބައިމީހުންނަށް طُوفان އައިސް އެމީހުން މަރުވެދިޔައީއެވެ. އެއީ އެމީހުން ކާފަރުވުމުގެ ސަބަބުން އަނިޔާވެރިވެގެންވާ حال ގައެވެ.
-
29:15
فَأَنجَيْنَـٰهُ وَأَصْحَـٰبَ ٱلسَّفِينَةِ وَجَعَلْنَـٰهَآ ءَايَةً لِّلْعَـٰلَمِينَ
Faʹañjaynaahu wa-ʹAṣḥaabas Safeenati wa-jaʻalnaahaaa ʹAayatal lilʻAalameen!
ފަހެ އެކަލޭގެފާނާއި - އެބަހީ: نوح عليه السّلام އާއި ނަވުގެ އެކުވެރިން އެބަހީ: ނަވުގައިތިބި މީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އަދި އެންމެހައި عالم ތަކަށްވާ دليل އެއްކަމުގައި عبرة އެއް ކަމުގައި ތިމަންރަސްކަލާނގެ އެނާކޮޅު ލެއްވީމެވެ. ނުވަތަ އެ قوم ގެ ކާފަރުންނަށް އައި عقوبة އާއިއަދި އެ (وَاقِعَة) އެއީ އެންމެހައި عالم ތަކަށްވާ عبرة އެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.
-
29:16
وَإِبْرَٰهِيمَ إِذْ قَالَ لِقَوْمِهِ ٱعْبُدُوا۟ ٱللَّهَ وَٱتَّقُوهُ ۖ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ
Wa-ʹIbraaheema ʹiẓ q̣aala liq̣awmihiʻ budul laaha wattaq̣ooh. Ẓaalikum khayrul lakum ʹiñ kuñtum taʻlamoon!
(އޭ رسول ﷲ އެވެ!) އަދި إبراهيم عليه السّلام ކަލޭގެފާނު ހަނދުމަފުޅުކުރައްވާ ބައްލަވާށެވެ! އެއީ އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އަދި އެކަލާނގެއަށް ބިރުވެތިވެ تقوى ވެރިވާށެވެ. ތިޔަބައިމީހުންނަށް އެނގޭނަމަ އެގޮތް ހެޔޮވެގެންވެއެވެ.
-
29:17
إِنَّمَا تَعْبُدُونَ مِن دُونِ ٱللَّهِ أَوْثَـٰنًا وَتَخْلُقُونَ إِفْكًا ۚ إِنَّ ٱلَّذِينَ تَعْبُدُونَ مِن دُونِ ٱللَّهِ لَا يَمْلِكُونَ لَكُمْ رِزْقًا فَٱبْتَغُوا۟ عِندَ ٱللَّهِ ٱلرِّزْقَ وَٱعْبُدُوهُ وَٱشْكُرُوا۟ لَهُۥٓ ۖ إِلَيْهِ تُرْجَعُونَ
ʹInnamaa taʻbudoona miñ doonil laahi ʹaws̤aanañwwa takhluq̣oona ʹifkaa. ʹInnal laẓeena taʻbudoona miñ doonil laahi laa- yamlikoona lakum rizq̣añ fabtag̣oo ʻiñdal laahir rizq̣a waʻbudoohu washkuroo lah. ʹIlayhi turjaʻoon.
ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާތަކެއްޗަކީ ހަމަ ބުދެވެ. ނުވަތަ ބުދުގެމާނައިގާވާ ތަކެއްޗެވެ. އެއީ ތިޔަބައިމީހުން ހަދާ ދޮގުތަކެކެވެ. ހަމަކަށަވަރުން ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކީ ތިޔަބައިމީހުންނަށް އެއްވެސް ރިޒުގެއްވެސް މިލްކުވެގެންވާ ތަކެއްޗެއްނޫނެވެ. ފަހެ ތިޔަބައިމީހުން ﷲ ގެ حضرة ން ރިޒުގަށް އެދޭށެވެ! އަދި އެކަލާނގެއަށް شكر ކުރާށެވެ. އަދި ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ ހަމަ ﷲ ގެ حضرة އަށެވެ.
-
29:18
وَإِن تُكَذِّبُوا۟ فَقَدْ كَذَّبَ أُمَمٌ مِّن قَبْلِكُمْ ۖ وَمَا عَلَى ٱلرَّسُولِ إِلَّا ٱلْبَلَـٰغُ ٱلْمُبِينُ
Wa-ʹiñ tukaẓẓiboo faq̣ad kaẓẓaba ʹumamum miñ q̣ablikum. Wa-maa ʻalar rasooli ʹillal balaag̣ul mubeen.
(އޭ قريش ވަންހައިގެ މީހުންނޭވެ!) ތިޔަބައިމީހުން محمّد ﷺ ދޮގުކުރިޔަސް (އެއީ އަދި އަލަކަށްނޫނެވެ.) ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ أمّة ތަކުގެ މީހުންވެސް (އެމީހުންގާތަށް ފޮނުވުނު رسول ބޭކަލުން) ދޮގުކޮށްފައިވެއެވެ. އަދި بيان ވެގެންވާގޮތުގައި رسول ކަން) އިއްވަ ވައިދެއްވުން މެނުވީ رسول އާގެ މައްޗަކަށް ނުވެއެވެ. (ކަލޭމެން އީމާން ނުވިނަމަ އެކަމުގެ ހަލާކުހުރީ ހަމަ ކަލޭމެނަށެވެ.)
-
29:19
أَوَلَمْ يَرَوْا۟ كَيْفَ يُبْدِئُ ٱللَّهُ ٱلْخَلْقَ ثُمَّ يُعِيدُهُۥٓ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ
ʹA-walam yaraw kayfa yubdiʹul laahul khalq̣a s̤umma yuʻeeduh? ʹInna ẓaalika ʻalal laahi yaseer.
ﷲ خَلق ތަކުން ހައްދަވާން ފައްޓަވާގޮތަށް އެމީހުން ނުބަލަނީބާވައެވެ؟ ހައްދަވާފައިވާގޮތް ނުދެކެނީ ބާވައެވެ؟ ދެން އެ خلق ތަކުން މަރުވުމަށްފަހު އަލުންވެސް އެކަލާނގެ އެ خلق ތަކުން إعاد ކުރައްވާހުއްޓެވެ. ދިރުއްވާ ހުއްޓެވެ. އެއީ އެކަލާނގެއަށް ދާދިފަސޭހަކަމެކެވެ.
-
29:20
قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ بَدَأَ ٱلْخَلْقَ ۚ ثُمَّ ٱللَّهُ يُنشِئُ ٱلنَّشْأَةَ ٱلْـَٔاخِرَةَ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Q̣ul seeroo fil ʹarḍi fañz̤̣uroo kayfa badaʹal khalq̣a s̤ummal laahu yuñshiʹun nashʹatal ʹAakhirah: ʹInnal laaha ʻalaa kulli shayʹiñ Q̣adeer.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިންމަތީގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް ހަދާބަލާށެވެ! ދެން އެކަލާނގެ خلق ތަކުން ހައްދަވާން ފައްޓަވާފައިވަނީ އަދި ހައްދަވާފައިވަނީ ކޮންފަދައަކުންތޯ ނިކަން ބަލާ ވިސްނާ ހަދާބަލާށެވެ. ދެން آخرة ގެ ހެއްދެވުން އެބަހީ: މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި محشر އަށް ފޮނުއްވާހުއްޓެވެ. ހަމަކަށަވަރުން ކޮންމެ ކަމެއްގެ މައްޗަށް ﷲ تعالى ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
-
29:21
يُعَذِّبُ مَن يَشَآءُ وَيَرْحَمُ مَن يَشَآءُ ۖ وَإِلَيْهِ تُقْلَبُونَ
Yuʻaẓẓibu mañy yashaaaʹu wa-yarḥamu mañy yashaaaʹ, wa-ʹilayhi tuq̣laboon.
އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ عذاب ދެއްވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ رحمة ލައްވައެވެ. އަދި ތިޔަބައިމީހުން އެނބުރި ދިއުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ.
-
29:22
وَمَآ أَنتُم بِمُعْجِزِينَ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ ۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ
Wa-maaa ʹañtum̃ bimuʻjizeena fil ʹarḍi wa-laa fis samaaaʹi wa-maa lakum miñ doonil laahi miñw waliyyiñw walaa naṣeer.
އަދި ތިޔަބައިމީހުންނަކީ ބިންމަތީގައިވިއަސް އަދި ނުވަތަ އުޑުގައިވިޔަސް އެކަލާނގެ ނުކުޅައްދައި ލެވޭނޭ ބަޔަކުނޫނެވެ. އަދި ﷲ ފިޔަވައި އެއްވެސް ސަހަރޯވެރިއަކުވިއަސް އަދި ނަޞްރު ވެރިއަކުވިއަސް ތިޔަބައިމީހުންނަކަށް ނުވެއެވެ.
-
29:23
وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ وَلِقَآئِهِۦٓ أُو۟لَـٰٓئِكَ يَئِسُوا۟ مِن رَّحْمَتِى وَأُو۟لَـٰٓئِكَ لَهُمْ عَذَابٌ أَلِيمٌ
Wallaẓeena kafaroo biʹAayaatil laahi wa-Liq̣aaaʹiheee ʹulaaaʹika yaʹisoo mir raḥmatee wa-ʹulaaaʹika lahum ʻAẓaabun ʹaleem.
އަދި ﷲ ގެ آية ތަކަށް كافر ވެ އަދި އެކަލާނގެއާ ބައްދަލުވުމަށް كافر ވި މީސްތަކުން އެބަހީ: آخرة ދުވަހަށް كافر ވި މީސްތަކުން ދަންނައެވެ. އެމީހުން އެވަނީ ތިމަންރަސްކަލާނގެ رحمة ން أمّيد ކަނޑައި مايوس ވެގެންނެވެ. އަދި އެމީހުންނަށް ހުރީ ހަމަ ވޭންދެނިވި عذاب އެވެ.
-
29:24
فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوا۟ ٱقْتُلُوهُ أَوْ حَرِّقُوهُ فَأَنجَىٰهُ ٱللَّهُ مِنَ ٱلنَّارِ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يُؤْمِنُونَ
Famaa kaana jawaaba q̣awmiheee ʹillaaa ʹañ q̣aaluq̣ tuloohu ʹaw ḥarriq̣oohu faʹañjaahul laahu minan Naar. ʹInna fee ẓaalika laʹAayaatil liq̣awmiñy yuʹminoon.
ފަހެ އެކަލޭގެފާނުންގެ قوم ގެ މީހުންގެ އެބަހީ: إبراهيم ގެފާނުންގެ قوم ގެ މީހުންގެ جواب އެއް ކަމުގައިވީ އޭގެ އެއްބަޔަކު އަނެއްބަޔަކާ ދިމާއަށް މިފަދައިން ބުނުމެވެ. ތިއަބައިމީހުން އެކަލޭގެފާނު (إبراهيم) قتل ކުރާށެވެ! ނުވަތަ އަލިފާނުން އެކަލޭގެފާނު އަންދާލާށެވެ! ދެންފަހެ ﷲ تعالى އަލިފާނުން އެކަލޭގެފާނު ސަލާމަތްކުރައްވައިފިއެވެ. ހަމަކަށަވަރުން އެކަންތައްތަކުގައި إيمان ވާ ބަޔަކަށް ކަނޑައެޅި ބަޔާންވެގެންވާ دليل ތައްވެއެވެ. (މިބައިމީހުން އެކަލޭގެފާނު އަލިފާނަށް ލުމަށް ނުވަތަ قتل ކުރުމަށް ނިންމީ، އެމީހުންގެމައްޗަށް އެކަލޭގެފާނު ގެންނެވި حُجَّة ގަދަކަމުން އެމީހުންގެ އަނގަބެދިގެންނެވެ. ދެން ބުނާނެ އެއްޗެއް ނެތިގެންނެވެ. އެމީހުން އެކަލޭގެފާނު ބޮޑު އަލިފާންގަނޑަކަށްލީއެވެ. ނަމަވެސް ﷲ تعالى އެ އަލިފާންގަނޑުލެއްވީ ފިނި އަދި އެކަލޭގެފާނަށް ސަލާމަތްކަންދޭ އެއްޗަކަށެވެ.)
-
29:25
وَقَالَ إِنَّمَا ٱتَّخَذْتُم مِّن دُونِ ٱللَّهِ أَوْثَـٰنًا مَّوَدَّةَ بَيْنِكُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ ثُمَّ يَوْمَ ٱلْقِيَـٰمَةِ يَكْفُرُ بَعْضُكُم بِبَعْضٍ وَيَلْعَنُ بَعْضُكُم بَعْضًا وَمَأْوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّـٰصِرِينَ
Wa-q̣aala ʹinnamat takhaẓtum miñ doonil laahi ʹaws̤aanam mawaddata baynikum fil ḥayaatid dunyaa; s̤umma yawmal Q̣iyaamati yakfuru baʻḍukum̃ bibaʻḍiñw wayalʻanu baʻḍukum̃ baʻḍaa; wa-maʹwaakumun Naaru wa-maa lakum min naaṣireen.
އަދި އެކަލޭގެފާނު - އެބަހީ: إبراهيم عليه السّلام އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިއެވެ. ތިޔަބައިމީހުން ﷲ ފިޔަވައި އަޅުކަންކުރުމަށް ތިޔަ إخْتِيَار ކުރާ ތަކެއްޗަކީ ބުދުތަކެކެވެ. އެއީ ދުނިޔޭގެ حياة ގައި އެތަކެއްޗަށް ތިޔަބައިމީހުން ލޯބިކުރާތަކެއްޗެވެ. ދެން قِيَامة ދުވަހުން ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ކާފަރުވާނެއެވެ. އިންކާރު ކުރާނެއެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް لَعْنَة ދޭނެއެވެ. (ބުދަށް އަޅުކަންކުރި މީހުންނާ ބުދުތަކާއި ދެމެދު ގަދަޔަށް އެއަރައިރުން ހިނގާނެއެވެ.) އަދި ތިޔަބައިމީހުންގެ ތަނަކީ - قيامة ދުވަހުން ހަމަ ނަރަކައެވެ. އަދި ތިޔަބައިމީހުންނަކަށް قيامة ދުވަހުނ އެއްވެސް نصر ވެރިއަކު ނުވާނެއެވެ.
-
29:26
۞ فَـَٔامَنَ لَهُۥ لُوطٌ ۘ وَقَالَ إِنِّى مُهَاجِرٌ إِلَىٰ رَبِّىٓ ۖ إِنَّهُۥ هُوَ ٱلْعَزِيزُ ٱلْحَكِيمُ
Faʹaamana lahoo Looṭ. Wa-q̣aala ʹinnee muhaajirun ʹilaa Rabbee; ʹinnahoo Huwal ʻAzeezul Ḥakeem.
ފަހެ އެކަލޭގެފާނަށް - އެބަހީ: إبراهيم عليه السّلام އަށް - لُوط عليه السّلام އީމާންވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ތެދުކުރެއްވިއެވެ. އަދި އެކަލޭގެފާނު އެބަހީ: إبراهيم عليه السّلام ވިދާޅުވިއެވެ. އަހުރެން އަހުރެންގެ ربّ ގެ حضرة އަށް - އެކަލާނގެ އެންގެވުމަށް هِجْرَة ކުރައްވާހުށީމެވެ. ހަމަކަށަވަރުން އެކަލާނގެއީ عزّة ވަންތަ އަދި حكمة ވަންތަ ކަލާނގެއެވެ. (إبراهيم ގެފާނު هجرة ކުރެއްވިކަމަށް ވަނީ شَام ކަރައަށެވެ.)
-
29:27
وَوَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ وَجَعَلْنَا فِى ذُرِّيَّتِهِ ٱلنُّبُوَّةَ وَٱلْكِتَـٰبَ وَءَاتَيْنَـٰهُ أَجْرَهُۥ فِى ٱلدُّنْيَا ۖ وَإِنَّهُۥ فِى ٱلْـَٔاخِرَةِ لَمِنَ ٱلصَّـٰلِحِينَ
Wa-wahabnaa lahooo ʹIs-ḥaaq̣a wa-Yaʻq̣ooba wa-jaʻalnaa fee ẓurriyyatihin Nubuwwata wal-Kitaaba wa-ʹaataynaahu ʹajrahoo fid dunyaa; wa-ʹinnahoo fil ʹAakhirati laminaṣ Ṣaaliḥeen:
އަދި އެކަލޭގެފާނަށް - އެބަހީ: إبراهيم عليه السّلام އަށް - ތިމަންރަސްކަލާނގެ إسْحَاق ގެފާނު ދެއްވީމެވެ. އަދި إسحاق ގެފާނުންގެ ދަރިކަލުން يعقوب ގެފާނު ދެއްވީމެވެ. އަދި އެކަލޭގެފާނުންގެ يعني: إبراهيم عليه السّلام ގެ ދަރިފަސްކޮޅުގައި نبي ކަމާއި އަދި ފޮތް ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި ދުނިޔޭގައި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދަރުމަ - އަދި أجور ދެއްވީމެވެ. (އެއީ އެކަލޭގެފާނުންގެ ثناء އާއި تعريف ދެމިހުންނާނޭގޮތަށް ދުނިޔޭގައި ލެއްވީމެވެ.) އަދި އެޔާއިއެކު އެކަލޭގެފާނީ آخرة ގައިވެސް ކަނޑައެޅިގެން صالح މާތްބޭކަލުންގެ ތެރެއިންވާ ބޭކަލެކެވެ.
-
29:28
وَلُوطًا إِذْ قَالَ لِقَوْمِهِۦٓ إِنَّكُمْ لَتَأْتُونَ ٱلْفَـٰحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ ٱلْعَـٰلَمِينَ
Wa-Looṭan ʹiẓ q̣aala liq̣awmiheee ʹinnakum lataʹtoonal faaḥishata maa- sabaq̣akum̃ bihaa min ʹaḥadim minal ʻAalameen.
(އޭ رسول ﷲ އެވެ!) އަދި لُوط عليه السّلام ހަނދުމަފުޅުކުރައްވާށެވެ! އެއީ އެކަލޭގެފާނު އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (އޭ قوم ގެ މީހުންނޭވެ!) ތިޔަބައިމީހުން ހަމަކަށަވަރުން فَاحِش ކަންތައް ކުރަނީއެވެ. މިހާތަނަށް ދުނިޔޭގައި އެފަދަ فاحش ކަންތައް ކަލޭމެންގެކުރިން އެއްވެސްބަޔަކު ކޮށްފައެއް ނުވެއެވެ. (އެމީހުންކުރި ނުބައި فاحش ކަންތަކަކީ ފިރިހެނުންނާއި އެޅުމެވެ.)
-
29:29
أَئِنَّكُمْ لَتَأْتُونَ ٱلرِّجَالَ وَتَقْطَعُونَ ٱلسَّبِيلَ وَتَأْتُونَ فِى نَادِيكُمُ ٱلْمُنكَرَ ۖ فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوا۟ ٱئْتِنَا بِعَذَابِ ٱللَّهِ إِن كُنتَ مِنَ ٱلصَّـٰدِقِينَ
ʹAʹinnakum lataʹtoonar rijaala wa-taq̣ṭaʻoonas sabeel? Wa-taʹtoona fee naadeekumul muñkar? Famaa kaana jawaaba q̣awmiheee ʹillaaa ʹañ q̣aaluʹ tinaa biʻAẓaabil laahi ʹiñ kuñta minaṣ ṣaadiq̣een.
ތިޔަބައިމީހުން އަންހެނުންގެ ބަދަލުގައި ފިރިހެނުން ގެންނަނީއެވެ. އެބަހީ: ފިރިހެނުންނާ އެޅެނީއެވެ. އަދި ތިޔަބައިމީހުން މަގުފޭރެނީއެވެ. އަދި ތިޔަބައިމީހުންގެ މަޖްލިސްތަކުގައި އަދި ނާދީތަކުގައި މުންކަރާތްތައް ހިންގަނީއެވެ. فَاحِش ކަންތައްތައް ކުރަނީއެވެ. ފަހެ އެޤައުމުގެ މީހުންގެ ޖަވާބެއް ކަމުގައިވީ މިފަދައިން لُوط ގެފާނަށް ދެންނެވުމެވެ. އެމީހުން ދެންނެވިއެވެ. ކަލޭގެފާނަކީ ތެދުވެރީންގެތެރެއިންވާ ބޭކަލަކުކަމުގައި ވަންޏާ ތިޔަވިދާޅުވާ ﷲ ގެ عذاب އަހުރެމެންގެ މައްޗަށް ނިކަން ގެނަސްބަލާށެވެ!
-
29:30
قَالَ رَبِّ ٱنصُرْنِى عَلَى ٱلْقَوْمِ ٱلْمُفْسِدِينَ
Q̣aala Rabbiñ ṣurnee ʻalal q̣awmil mufsideen!
އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅު ހައްދަވާބޮޑުކުރެއްވި ربّ އެވެ! فاسد ވީ މީސްތަކުންގެ މައްޗަށް މިއަޅާއަށް نصر ދެއްވާފާންދޭވެ.
-
29:31
وَلَمَّا جَآءَتْ رُسُلُنَآ إِبْرَٰهِيمَ بِٱلْبُشْرَىٰ قَالُوٓا۟ إِنَّا مُهْلِكُوٓا۟ أَهْلِ هَـٰذِهِ ٱلْقَرْيَةِ ۖ إِنَّ أَهْلَهَا كَانُوا۟ ظَـٰلِمِينَ
Wa-lammaa jaaaʹat Rusulunaaa ʹIbraaheema bil-bushraa q̣aalooo ʹinnaa muhlikooo ʹahli haaẓihil q̣aryah: ʹinna ʹahlahaa kaanoo z̤̣aalimeen.
އަދި إبراهيم عليه السّلام ގެ އަރިހަށް (ދަރިކަލަކު ލިބިވަޑައިގަންނަވާނެކަމުގެ) އުފާވެރި ޚަބަރާއިގެން ތިމަންރަސްކަލާނގެ ފޮނުއްވި މަލާއިކަތް ބޭކަލުން ވަޑައިގެންނެވި ހިނދުން އެބޭކަލުން އެކަލޭގެފާނަށް ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަންބޭކަލުން މިރަށުގެ އަހުލުވެރީން ހަލާކު ކުރައްވާ ހުށީމެވެ. އެބަހީ: (لوط ގެފާނު އުޅުއްވި سَدُوْمُ އެވެ ކިއުނު ރަށް ހަލާކު ކުރައްވާ ހުށީމެވެ) އެހެނީ ހަމަކަށަވަރުން މިރަށުގެ އަހުލުވެރީންވީ އަނިޔާވެރީންކަމުގައެވެ.
-
29:32
قَالَ إِنَّ فِيهَا لُوطًا ۚ قَالُوا۟ نَحْنُ أَعْلَمُ بِمَن فِيهَا ۖ لَنُنَجِّيَنَّهُۥ وَأَهْلَهُۥٓ إِلَّا ٱمْرَأَتَهُۥ كَانَتْ مِنَ ٱلْغَـٰبِرِينَ
Q̣aala ʹinna feeha Looṭaa. Q̣aaloo naḥnu ʹaʻlamu bimañ feehaa. Lanunajjiyannahoo wa-ʹahlahooo ʹillam raʹatahoo kaanat minal g̣aabireen!
އެކަލޭގެފާނު يعني: إبراهيم عليه السّلام އެބޭކަލުންނަށް ވިދާޅުވިއެވެ. އެރަށުގައި ހަމަކަށަވަރުން لوط ގެފާނުން ވެއެވެ. އެބޭކަލުން ވިދާޅުވިއެވެ. އެރަށުގައިވާ އެންމެން ތިމަންބޭކަލުން ދެނެވަޑައިގެންވަމެވެ. ހަމަކަށަވަރުން އެކަލޭގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން ތިމަންބޭކަލުން ސަލާމަތްކުރައްވާހުށީމެވެ. އެކަލޭގެފާނުންގެ އަނބިކަނބަލުން މެނުވީއެވެ. އެކަމަނާވާހުށީ ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.
-
29:33
وَلَمَّآ أَن جَآءَتْ رُسُلُنَا لُوطًا سِىٓءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالُوا۟ لَا تَخَفْ وَلَا تَحْزَنْ ۖ إِنَّا مُنَجُّوكَ وَأَهْلَكَ إِلَّا ٱمْرَأَتَكَ كَانَتْ مِنَ ٱلْغَـٰبِرِينَ
Wa-lammaaa ʹañ jaaaʹat Rusulunaa Looṭañ seeeʹa bihim wa-ḍaaq̣a bihim ẓarʻañw waq̣aaloo laa- takhaf wa-laa taḥzan: ʹinnaa munajjooka wa-ʹahlaka ʹillam raʹataka kaanat minal g̣aabireen.
އަދި ތިމަންރަސްކަލާނގެ ފޮނުއްވި ملائكة ބޭކަލުން لوط ގެފާނުންގެ އަރިހަށް ވަޑައިގެންނެވިހިނދުން އެބޭކަލުން ވަޑައިގެންނެވުން لوط ގެފާނުންގެ ހިތްޕުޅަށް ދަތިފުޅުވެ ވަރަށް ކަންބޮޑުވެ ވަޑައިގެންނެވިއެވެ. (އެއީ އެކަލޭގެފާނުންގެ قوم ގެމީހުންގެ ފަރާތުން ލިބިދާނޭ އުނދަގުލަކަށްޓަކައެވެ.) އަދި އެބޭކަލުން (دِفَاع ކުރެއްވުމަށް) އެކަލޭގެފާނުންގެ ބާރުފުޅު ދަތިވެއްޖެއެވެ. (އޭރުވެސް އެއީ ملائكة ބޭކަލުންކަމެއް لوط ގެފާނަކަށް އެނގިވަޑައި ނުގަންނަވައެވެ.) އެހިނދު އެބޭކަލުން ވިދާޅުވިއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! އަދި ހިތާމަފުޅު ނުކުރައްވާށެވެ! ހަމަކަށަވަރުން ތިމަންބޭކަލުން ކަލޭގެފާނު ސަލާމަތް ކުރައްވާހުށީމެވެ. އަދި ކަލޭގެފާނު أهل ވެރިން ސަލާމަތް ކުރައްވާހުށީމެވެ. ކަލޭގެފާނުންގެ އަނބިކަނބަލުން މެނުވީއެވެ. އެކަމަނާ ވަނީ ހަލާކުވާނެ މީހުންގެތެރެއިންނެވެ.
-
29:34
إِنَّا مُنزِلُونَ عَلَىٰٓ أَهْلِ هَـٰذِهِ ٱلْقَرْيَةِ رِجْزًا مِّنَ ٱلسَّمَآءِ بِمَا كَانُوا۟ يَفْسُقُونَ
ʹInnaa muñziloona ʻalaaa ʹahli Haaẓihil q̣aryati Rijzam minas samaaaʹi bimaa kaanoo yafsuq̣oon.
الله وَحِي ކުރެއްވިއެވެ. އަދި ހަމަކަށަވަރުން މިރަށުގެ أهل ވެރިންގެ މައްޗަށް އުޑުން عذاب އެއް ބާވައިލައްވާ ހުށީމެވެ. އެއީ އެމީހުން فاسق ވުމުގެ ސަބަބުންނެވެ.
-
29:35
وَلَقَد تَّرَكْنَا مِنْهَآ ءَايَةًۢ بَيِّنَةً لِّقَوْمٍ يَعْقِلُونَ
Wa-laq̣at taraknaa min-haaa ʹAayatam bayyinatal liq̣awmiñy yaʻq̣iloon.
އަދި އެކަލާނގެوحيކުރެއްވިއެވެ. ހަމަކަށަވަރުން ބުއްދިކޮށް فكر ކުރާބަޔަކު ވިސްނާ فكر ކޮށް عبرة حاصل ކުރުމަށް بَيَان ވެގެންވާ دليل އެއް ތިމަންބޭކަލުން އެތަނަށް ދޫކުރީމެވެ. • ދަންނައެވެ. އެ علامة އެއްކަމުގައިވަނީ އެމީހުންގެ މައްޗަށް ވެރުނު ހިލަތައް އަދިވެސް ފެންނާން ހުރިކަމެވެ. ނުވަތަ އެތަން ކަނޑަކަށް ހައްދަވައި އެތާނގެ ފެން ލޮނުގަދަވެފައި ވަސްނުބައިވެފައި އޮތުން ކަމުގައި ބުނެވެއެވެ. والله أعلم بالصّواب.
-
29:36
وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا فَقَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ وَٱرْجُوا۟ ٱلْيَوْمَ ٱلْـَٔاخِرَ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ
Wa-ʹilaa Madyana ʹakhaahum shuʻaybañ faq̣aala yaa-q̣awmiʻ budul laaha warjul Yawmal ʹAakhira wa-laa taʻs̤aw fil ʹarḍi mufsideen.
އަދި مَدْيَنُ އަށް އެބައިމީހުންގެ أخ شُعَيْبُ عليه السّلام ރަސޫލުކަމާއިގެން ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ. ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ. އަދި آخرة ދުވަސް އެދޭށެވެ. (އަޅުކަންކޮށްގެން آخرة ދުވަހުގެ ثواب އަށް އެދޭށެވެ.) އަދި ބިންމަތީގައި ﷲ އަށް އުރެދި ފާސިދުކޮށް ނުހަދާށެވެ.
-
29:37
فَكَذَّبُوهُ فَأَخَذَتْهُمُ ٱلرَّجْفَةُ فَأَصْبَحُوا۟ فِى دَارِهِمْ جَـٰثِمِينَ
Fakaẓẓaboohu faʹakhaẓathumur rajfatu faʹaṣbaḥoo fee daarihim jaas̤imeen.
ފަހެ އެބައިމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެން އެބައިމީހުންނަށް ގަދަ ބިންހެލުމަކާއި އަޑުފަށްގަނޑެއް އައިސް ޖެހިއްޖެއެވެ. ދެން އެބައިމީހުން އެބައިމީހުންގެގޯތި ގެދޮރުތަކުގައި މަރުވެ ތަންޑާވެގެންވާ ބަޔަކުކަމުގައި ވެއްޖެއެވެ.
-
29:38
وَعَادًا وَثَمُودَا۟ وَقَد تَّبَيَّنَ لَكُم مِّن مَّسَـٰكِنِهِمْ ۖ وَزَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ وَكَانُوا۟ مُسْتَبْصِرِينَ
Wa-ʻAadañw Wa-S̤amooda waq̣at tabayyana lakum mim masaakinihim. Wa-zayyana lahumush Shayṭaanu ʹaʻmaalahum faṣaddahum ʻanis Sabeeli wa-kaanoo Mustabṣireen.
އަދި عَاد ބާގައިގެ މީހުންނާއި ثَمُود ބާގައިގެމީހުންގެ މަތިން ހަނދުމަފުޅުކުރައްވާށެވެ! ހަމަކަށަވަރުން އެބައިމީހުންގެ ގޯތިގެދޮރުތަކާއި އެމީހުން ދިރިއުޅުން ތަންތަން ތިޔަބައިމީހުންނަށް (މައްކާގެ މީހުންނަށް) ރަނގަޅަށް ބަޔާންވެގެންވާނެއެވެ. ހަމަކަށަވަރުން އެމީހުންގެ ކާފަރު عمل ތައް شيطان އާ އެމީހުންނަށް ޒީނަތްތެރި ކޮށްދިނީއެވެ. އަދި އެސޮރު އެމީހުންނަށް ﷲ ގެ މަގުބަންދުކޮށް ހުރަސްކުރީއެވެ. (އެއީ ﷲ އަށާއި އެކަލާނގެ رسول ންނަށް إيمان ވުމެވެ.) އަދި އެމީހުންވީ އެމީހުންގެ މަގުފުރެދުމާއި ކާފަރުކަމުގައި عجائب ވެގެންވާ ބަޔަކުކަމުގައެވެ. ލޯހުޅުވިގެންވާ ބަޔަކުކަމުގައެވެ.
-
29:39
وَقَـٰرُونَ وَفِرْعَوْنَ وَهَـٰمَـٰنَ ۖ وَلَقَدْ جَآءَهُم مُّوسَىٰ بِٱلْبَيِّنَـٰتِ فَٱسْتَكْبَرُوا۟ فِى ٱلْأَرْضِ وَمَا كَانُوا۟ سَـٰبِقِينَ
Wa-Q̣aaroona wa-Firʻawna wa-Haamaan: wa-laq̣ad jaaaʹahum Moosaa bil-Bayyinaati fastakbaroo fil ʹarḍi wa-maa kaanoo saabiq̣een.
އަދި قَارُون އާއި فرعون އާއި އަދި هَامَان ހަނދުމަފުޅު ކުރައްވާށެވެ! ހަމަކަށަވަރުން موسى عليه السّلام އެމީހުންގެގާތަށް بَيَان ވެގެންވާ معجزاة އާއި دليل ގެންނެވިއެވެ. ދެންފަހެ އެމީހުން ބިމުގައި ބޮޑާވެ كِبر ވެރިވެގެންފިއެވެ. އަދި ތިމަންރަސްކަލާނގެއަށް އަތުނުވެ ބަޗައިގަނެވޭނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ. (އެމީހުން ނުކިޔަމަންތެރިވީހިނދުން ތިމަންރަސްކަލާނގެ އެމީހުން ހަލާކުކުރެއްވީމެވެ. ކަނޑުގައި غرق ކުރެއްވީމެވެ. މިމިކަންކަމުން ކަލޭމެން عبرة ލިބިގަތުން ހުއްޓެވެ.)
-
29:40
فَكُلًّا أَخَذْنَا بِذَنۢبِهِۦ ۖ فَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًا وَمِنْهُم مَّنْ أَخَذَتْهُ ٱلصَّيْحَةُ وَمِنْهُم مَّنْ خَسَفْنَا بِهِ ٱلْأَرْضَ وَمِنْهُم مَّنْ أَغْرَقْنَا ۚ وَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ
Fakullan ʹakhaẓnaa biẓambih: faminhum man ʹarsalnaa ʻalayhi ḥaaṣibaa; wa-minhum man ʹakhaẓathuṣ Ṣayḥah; wa-minhum man khasafnaa bihil ʹarḍ: wa-minhum man ʹag̣raq̣naa: wa-maa kaanal laahu liyaz̤̣limahum wa-laakiñ kaanooo ʹañfusahum yaz̤̣limoon.
އަދި އެއިން ކޮންމެ މީހަކުވެސް އެމީހާގެ ފާފައިގެ ސަބަބުން ތިމަންރަސްކަލާނގެ ހިތްޕެވީމެވެ. ހަލާކު ކުރެއްވީމެވެ. ފަހެ އެމީހުންގެތެރޭގައި އެމީހާގެ މައްޗަށް ތިމަންރަސްކަލާނގެ ކުދި ހިލަ ފޮނުވި މީހުންވެއެވެ. އެއީ لوط قوم ގެ މީހުންނެވެ. އަދި އެމީހުންގެތެރޭގައި އެމީހާއަށް ގަދަފަދަ އަޑުފަށާއިއެކު زَلْزَلَة އައި މީހުންވެއެވެ. އެއީ ثمود ބާގައިގެ މީހުންނާއި شعيب ގެފާނުންގެ قوم ގެމީހުންނެވެ. އަދި އެމީހުންގެތެރޭގައި އެމީހުންނާއިއެކު ބިންގަނޑު ގަނބައިގެންދިޔަ މީހުންވެއެވެ. އެއީ قَارون އާއި އެފަދަ މީހުންނެވެ. އަދި އެމީހުންގެ ތެރޭގައި ތިމަންރަސްކަލާނގެ އެމީހުން ކަނޑުގައި غَرَق ކުރި މީހުންވެއެވެ. އެއީ فرعون އާއި ދެންވެސް އެފަދަ މީހުންނެވެ. އަދި ﷲ އެމީހުންނަށް އަނިޔާވެރިވެވޮޑިގެންނެވި ކަމުގައި ނުވެއެވެ. އަދި އެހެންނަމަވެސް އެމީހުންވީ އެމީހުންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވީ ބަޔަކުކަމުގައެވެ.
-
29:41
مَثَلُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ كَمَثَلِ ٱلْعَنكَبُوتِ ٱتَّخَذَتْ بَيْتًا ۖ وَإِنَّ أَوْهَنَ ٱلْبُيُوتِ لَبَيْتُ ٱلْعَنكَبُوتِ ۖ لَوْ كَانُوا۟ يَعْلَمُونَ
Mas̤alul laẓeenat takhaẓoo miñ doonil laahi ʹawliyaaaʹa kamas̤alil ʻAñkaboot: ʹittakhaẓat baytaa! Wa-ʹinna ʹawhanal buyooti labaytul ʻAñkaboot. Law kaanoo yaʻlamoon.
ﷲ ފިޔަވައި އެހެނިހެން ފަރާތްތަކެއް އެއީ ތިމާމެންގެ وَلِيُّ ންކަމުގައި - ސަހަރޯވެރިން ކަމުގައި ބަލައި إختيار ކުރިމީހުންގެ مثال އަކީ (ވާމަކުނު ވަލުން ހަދާފައިވާ) ގެއަކަށް ވަދެއިން ވާމަކުނެއްގެ މިސާލެވެ. ހަމަކަށަވަރުން އެންމެ ބަލިކަށި ދެރަގެޔަކީ ކަނޑައެޅިގެން ވާމަކުނުގެ ގެއެވެ. އެމީހުންނަށް އެކަން އެނގޭނޭ ނަމައެވެ.
-
29:42
إِنَّ ٱللَّهَ يَعْلَمُ مَا يَدْعُونَ مِن دُونِهِۦ مِن شَىْءٍ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
ʹInnal laaha yaʻlamu maa- yadʻoona miñ doonihee miñ shayʹ: wa-Huwal ʻAzeezul Ḥakeem.
ހަމަކަށަވަރުން ﷲ ފިޔަވައި އެފަރާތްތަކަށް އެމީހުން ގޮވާ އެންމެހާ ފަރާތްތަކެއް ﷲ ދެނެވޮޑިގެންވެއެވެ. (އެއިން އެއްވެސް ފަރާތެއްގައި ބާރެއް އަދި ފުއްދުންތެރިކަމެއްނެތްކަން ﷲ ދެނެވޮޑިގެންވެއެވެ.) އަދި އެކަލާނގެއީ عزّة ތެރިވަންތަ އަދި حكمة ވަންތަ ކަލާނގެއެވެ.
-
29:43
وَتِلْكَ ٱلْأَمْثَـٰلُ نَضْرِبُهَا لِلنَّاسِ ۖ وَمَا يَعْقِلُهَآ إِلَّا ٱلْعَـٰلِمُونَ
Wa-tilkal ʹAms̤aalu naḍribuhaa linnaasi wa-maa yaʻq̣iluhaaa ʹillal ʻAalimoon.
އަދި އެފަދަ މިސާލުތައް ތިމަންރަސްކަލާނގެ މީސްތަކުންނަށް ޖައްސަވަމެވެ. އަދި (ﷲ އާއި އެކަލާނގެ آية ތައް) ރަނގަޅަށް ދަންނަބަޔަކު މެނުވީ އެފަދަ މިސާލުތަކަށް ވިސްނާ އަދި ދަންނަކަމުގައި ނުވެއެވެ.
-
29:44
خَلَقَ ٱللَّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۚ إِنَّ فِى ذَٰلِكَ لَـَٔايَةً لِّلْمُؤْمِنِينَ
Khalaq̣al laahus samaawaati wal-ʹarḍa bilḥaq̣q̣. ʹInna fee ẓaalika laʹAayatal lil-Muʹmineen.
އުޑުތަކާއި ބިން ﷲ ހެއްދެވީ ހަމަ حقّ ގޮތުގައެވެ. ހަމަކަށަވަރުން އެކަންކަމުއި ކަނޑައެޅި ބަޔާންވެގެންވާ دليل އާއި حجّة مؤمن ތަކުންނަށްވެއެވެ.
-
29:45
ٱتْلُ مَآ أُوحِىَ إِلَيْكَ مِنَ ٱلْكِتَـٰبِ وَأَقِمِ ٱلصَّلَوٰةَ ۖ إِنَّ ٱلصَّلَوٰةَ تَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ ۗ وَلَذِكْرُ ٱللَّهِ أَكْبَرُ ۗ وَٱللَّهُ يَعْلَمُ مَا تَصْنَعُونَ
ʹUtlu maaa ʹooḥiya ʹilayka minal Kitaabi wa-ʹaq̣imiṣ Ṣalaah: ʹinnaṣ Ṣalaata tanhaa ʻanil faḥshaaaʹi wal-muñkar; wa-la-Ẓikrul laahi ʹAkbar. Wal-laahu yaʻlamu maa- taṣnaʻoon.
(އޭ رسول ﷲ އެވެ.) މި قرآن ން ކަލޭގެފާނަށް ބާވައިލެއްވޭ އެއްޗެއް ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ! އަދިނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން ނަމާދަކީ فَاحِش ކަންތަކާއި منكراة ތައް ނަހީކޮށް ދުރުކުރާ އެއްޗެކެވެ. އަދި ﷲ އަށް ذِكر ކުރުން - ﷲ ހަނދާންކުރުން - ހުރިހާ ކަމަކަށްވުރެ ބޮޑެވެ. - ނުވަތަ ތިޔަބައިމީހުން ﷲ ހަނދާންކުރާ ވަރަށްވުރެ ﷲ ތިޔަބައިމީހުން ހަނދާންކުރެއްވުން މާބޮޑެވެ. އަދި ތިޔަބައިމީހުން (ނަމާދުގައިވެސް) ކުރާ އެންމެހައި ކަންތައް ﷲ ދެނެވޮޑިގެންވެއެވެ.