Back to Quran

ސޫރަތްތައް 25

Al-Furqan

The Criterion · Makki · 77 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    تَبَارَكَ ٱلَّذِى نَزَّلَ ٱلْفُرْقَانَ عَلَىٰ عَبْدِهِۦ لِيَكُونَ لِلْعَـٰلَمِينَ نَذِيرًا

    Tabaarakal laẓee nazzalal Furq̣aana ʻalaa ʻAbdihee liyakoona lilʻaalameena naẓeeraa;

    އެކަލާނގެ އަޅާގެމައްޗަށް قرآن ބާވައިލެއްވި ކަލާނގެ (މަތިވެރި ﷲ) بركاة ވަންތަވެވޮޑިގެންވެއެވެ. (އެބަހީ: އެކަލާނގެ ދެއްވުންތަކާ خيرات يعني: ހެޔޮތައް ގިނަގުނަވެގެންވެއެވެ.) އެއީ އެކަލާނގެ އަޅާ عَالَمْ ތަކަށް نَذِيْر އަކު ކަމުގައި ވުމަށްޓަކައެވެ. އެބަހީ: إنْذَار ކުރައްވާ ބޭކަލަކު ކަމުގައިވުމަށްޓަކައެވެ. އެއަޅާ އެއީ محمّد ﷺ އެވެ.

  2. 2

    ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُۥ شَرِيكٌ فِى ٱلْمُلْكِ وَخَلَقَ كُلَّ شَىْءٍ فَقَدَّرَهُۥ تَقْدِيرًا

    ʹAllaẓee lahoo mulkus samaawaati walʹarḍi wa-lam yattakhiẓ waladañw walam yakul lahoo shareekuñ fil mulki wa-khalaq̣a kulla shayʹiñ faq̣addarahoo taq̣deeraa.

    އެކަލާނގެއީ (އެބަހީ: قرآن ބާވައިލެއްވި ކަލާނގެއީ) އެކަލާނގެއަށް އުޑުތަކާއި ބިމުގެ ވެރިކަން (އަދި އެންމެހައިތަކެތި) މިލްކުވެ خاصّ ވެގެންވާ ކަލާނގެއެވެ. އަދި އެކަލާނގެ އެއްވެސް ދަރިކަލަކު ނުހިއްޕަވައެވެ. إختيار ނުކުރައްވައެވެ. އަދި އެކަލާނގެ ވެރިކަމާއި مِلْكِيَّة ގައި އެކަލާނގެއާއި ބައިވެރިވާ އެއްވެސް އެހެން ފަރާތެއް ނުވެއެވެ. އަދި ކޮންމެ އެއްޗެއްވެސް ހެއްދެވީ ހަމަ އެކަލާނގެއެވެ. އަދި ކޮންމެ އެއްޗެއް އެކަލާނގެ تقدير ކުރެއްވިއެވެ. (އެބަހީ: ކޮންމެއެއްޗަކަށްވެސް އެއެއްޗަކަށް ހަމަޖެހޭ ރަނގަޅު صُلْحَ ވެރިގޮތުގައި ހައްދަވާ ބަރާބަރުކުރެއްވިއެވެ.

  3. 3

    وَٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةً لَّا يَخْلُقُونَ شَيْـًٔا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنفُسِهِمْ ضَرًّا وَلَا نَفْعًا وَلَا يَمْلِكُونَ مَوْتًا وَلَا حَيَوٰةً وَلَا نُشُورًا

    Wattakhaẓoo miñ dooniheee ʹaalihatal laa yakhluq̣oona shayʹañw wahum yukhlaq̣oona wa-laa yamlikoona liʹañfusihim ḍarrañw walaa nafʻañw walaa yamlikoona Mawtañw Walaa Ḥayaatañw Walaa Nu-Shooraa.

    އަދި އެމީހުން (އެބަހީ: مشرك ންގެމީހުން) އެކަލާނގެ ފިޔަވައި އެހެން إله ންތަކެއް ހިފައި إختيار ކުރީއެވެ. އެ إله ންތައް އެއްވެސް އެއްޗެއް ނުހައްދަވައެވެ. އަދި އެތަކެއްޗަކީ ހެއްދެވިގެންވާ ތަކެއްޗެވެ. مَخْلُوق ންނެވެ. (خالق އެއްނޫނެވެ.) އަދި އެތަކެތި އެތަކެތީގެ އަމިއްލަ نفس އަށްވެސް އެއްވެސް އުނދަގުލެއް ދިނުމެއްވިޔަސް އަދި مَنْفَع އެއް ލިބިގަތުމެއްވިޔަސް މިލްކުވެގެން ނުވެއެވެ. އަދި އެއްޗެއް މަރައިލުމެއްވެސް އަދި އެއްޗެއް ދިރުވުމެއްވެސް (މަރެއް އަދި حياة އެއް) އެތަކެއްޗަށް މިލްކުވެގެން ނުވެއެވެ. އަދި މީސްތަކުން محشر އަށް ފޮނުވުމެއްވެސް އެތަކެއްޗަށް مِلْكُ ވެގެން ނުވެއެވެ. މިފަދަ ތަކެއްޗަށް އަޅުކަންކުރުން ހުއްދަވާނީ ކޮންފަދައަކުންހެއްޔެވެ؟

  4. 4

    وَقَالَ ٱلَّذِينَ كَفَرُوٓا۟ إِنْ هَـٰذَآ إِلَّآ إِفْكٌ ٱفْتَرَىٰهُ وَأَعَانَهُۥ عَلَيْهِ قَوْمٌ ءَاخَرُونَ ۖ فَقَدْ جَآءُو ظُلْمًا وَزُورًا

    Wa-q̣aalal laaẓeena kafarooo ʹin haaẓaaa ʹillaaa ʹifkunif taraahu wa-ʹaʻaanahoo ʻalayhi q̣awmun ʹaakharoona faq̣ad jaaaʹoo z̤̣ulmañw wazooraa.

    އަދި ކާފަރުވީ މީސްތަކުން ބުންޏެވެ. މި قرآن އަކީ އެކަލޭގެފާނު يعني: محمّد ގެފާނު އަމިއްލަފުޅަށް އުފައްދައިގެން އުޅޭ ދޮގުވާހަކައެއްކަމުގައި މެނުވީ ނުވެއެވެ. އަދި އެކަމަށް އެކަލޭގެފާނަށް އެހީވެ ވާގިވެރިވީ އެހެން ބައެކެވެ. (އެއީ يهودي ންނެވެ.) މިގޮތުން މިބައިމީހުން އެފަދަ ދޮގުވާހަކަތައް އެއުފައްދައި ހަދަނީ ހަމަ އަނިޔާވެރިކަމާއި ދޮގުހެދުމުގެ ގޮތުންނެވެ. (قرآن އަކީ އެއްވެސް مَخْلُوقُ އަކަށް ހެދޭނެއެއްޗެއްނޫނެވެ.)

  5. 5

    وَقَالُوٓا۟ أَسَـٰطِيرُ ٱلْأَوَّلِينَ ٱكْتَتَبَهَا فَهِىَ تُمْلَىٰ عَلَيْهِ بُكْرَةً وَأَصِيلًا

    Wa-q̣aalooo ʹasaaṭeerul ʹawwaleenak tatabahaa fahiya tumlaa ʻalayhi bukratañw waʹaṣeelaa.

    އަދި އެމީހުން يعني: مشرك ންގެ މީހުން - ބުންޏެވެ. (މި قرآن އަކީ) އިސްވެދިޔަ މީހުން ދައްކާފައިވާ އެއްވެސް އަސްލެއްނެތް ދޮގުވާހަކަތަކެކެވެ. އެވާހަކަތައް އެކަލޭގެފާނު ލިޔެހެދީއެވެ. ހެނދުނާއި ހަވީރު އެކަލޭގެފާނަށް ކިޔައިދެވިލައި ދެވެނީއެވެ. (އެކަންކުރަނީ يهودي ންނެވެ.)

  6. 6

    قُلْ أَنزَلَهُ ٱلَّذِى يَعْلَمُ ٱلسِّرَّ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ إِنَّهُۥ كَانَ غَفُورًا رَّحِيمًا

    Q̣ul ʹañzalahul laẓee yaʻlamus Sirra fis samaawaati wal-ʹarḍ: ʹinnahoo kaana G̣afoorar Raḥeemaa.

    (އޭ رسول ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. އެ قرآن އެބާވައިލައްވަނީ އުޑުތަކާއި ބިމުގައިވާ ސިއްރުތައް ދެނެވޮޑިގަންނަވާ ކަލާނގެއެވެ. ހަމަކަށަވަރުން ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލަކު ކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ. އެއީ މަތިވެރި މާތް ﷲ އެވެ.

  7. 7

    وَقَالُوا۟ مَالِ هَـٰذَا ٱلرَّسُولِ يَأْكُلُ ٱلطَّعَامَ وَيَمْشِى فِى ٱلْأَسْوَاقِ ۙ لَوْلَآ أُنزِلَ إِلَيْهِ مَلَكٌ فَيَكُونَ مَعَهُۥ نَذِيرًا

    Wa-q̣aaloo maa-li haaẓar Rasooli yaʹkuluṭ ṭaʻaama wa-yamshee fil ʹaswaaq̣? Law-Laaa ʹuñzila ʹilayhi malakuñ fayakoona maʻahoo naẓeeraa?

    އަދި އެމީހުން ބުންޏެވެ. މިއީ ކޮންކަހަލަ رسول އެއް ހެއްޔެވެ؟ އެކަލޭގެފާނުވެސް (އަހުރެމެން ފަދައިން) ކާތަކެތިކައެވެ. (އަދި އެކިއެކި ބޭނުމުގައި) ބާޒާރުގައި ހިންގަވައެވެ. (އަހުރެމެންނެކޭ ތަފާތެއް ނެތެވެ.) ފަހެ އެކަލޭގެފާނުންގެ އަރިހުގައި نَذِيْر އެއްގެގޮތުން (މީސްތަކުން ބިރުގެންނެވުމަށް) مَلاَئِكَة ބޭކަލަކު ނުފޮނުއްވީ ކީއްވެގެންބާވައެވެ؟ ނުވަތަ މަލާއިކަތް ބޭކަލަކު ފޮނުއްވާނެ ނަމައެވެ.

  8. 8

    أَوْ يُلْقَىٰٓ إِلَيْهِ كَنزٌ أَوْ تَكُونُ لَهُۥ جَنَّةٌ يَأْكُلُ مِنْهَا ۚ وَقَالَ ٱلظَّـٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا

    ʹAw yulq̣aaa ʹilayhi kañzun ʹaw takoonu lahoo jannatuñy yaʹkulu minhaa? Wa-q̣aalaz̤̣ z̤̣aalimoona ʹiñ tattabiʻoona ʹillaa rajulam mas-ḥooraa.

    ނުވަތަ އެކަލޭގެފާނުންގެ ބޭނުންތައް ފުއްދުމަށް ރަނާއި ރިހީގެ خَزَانَة އެއް ދެއްވޭނެ ނަމައެވެ. ނުވަތަ އެކަލޭގެފާނު އެއިން ފަރިއްކުޅުއްވާ ހެއްދެވުމަށް ބަގީޗާއެއް އެކަލޭގެފާނަށް ވާނެނަމައެވެ. އަދި (مؤمن ންނަށް) مشرك ންގެމީހުން ބުންޏެވެ. سِحْرُ ޖެހިފައިވާ މީހަކާމެނުވީ ކަލޭމެން تَبَع ވެގެންވާކަމުގައި ނުވެއެވެ.

  9. 9

    ٱنظُرْ كَيْفَ ضَرَبُوا۟ لَكَ ٱلْأَمْثَـٰلَ فَضَلُّوا۟ فَلَا يَسْتَطِيعُونَ سَبِيلًا

    ʹUñz̤̣ur kayfa ḍaraboo lakal ʹams̤aala faḍalloo falaa yastaṭeeʻoona sabeelaa!

    (އޭ رسول ﷲ އެވެ.) ކަލޭގެފާނަށް އެމީހުން އެމިސާލުޖަހައިލަނީ ކޮންފަދައަކުންކަން ނިކަން ދެކެބަލާށެވެ. (ކަލޭގެފާނަކީ سحر ޖެހިފައިވާ މީހަކުކަމުގައި ބުނެ އެނިންމައިލަނީއެވެ.) ފަހެ އެމީހުން މަގުފުރެދި ވާވަދެ އަވަދިވީއެވެ. އެހެންވެ ސީދާ حقّ ތެދުމަގަށް واصل ވުމަކަށް އެމީހުންނަށް ކުޅަދާނަވެގެން ނުވާނެއެވެ.

  10. 10

    تَبَارَكَ ٱلَّذِىٓ إِن شَآءَ جَعَلَ لَكَ خَيْرًا مِّن ذَٰلِكَ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ وَيَجْعَل لَّكَ قُصُورًۢا

    Tabaarakal laẓeee ʹiñ shaaaʹa jaʻala laka khayram miñ ẓaalika Jannaatin tajree miñ taḥtihal ʹanhaaru wa-yajʻal laka Q̣uṣooraa.

    ކަލޭގެފާނަށް އެއަށްވުރެ (އެބަހީ: އެމީހުން އެބުނާވަރަށްވުރެ) މާހެޔޮކަމެއްލެއްވި ކަލާނގެ ބަރަކާތްވަންތަވެވޮޑިގެންވެއެވެ. އެ ހެވަކީ އެތަންތާނގެ ދަށުން އާރުތައް ދެމިދެމިއޮންނަ ބަގީޗާތަކެވެ. (ސުވަރުގެއެވެ.) އަދި އެކަލާނގެ ކަލޭގެފާނަށް ގަނޑުވަރުތަކެއްލައްވާ ހުއްޓެވެ. އެއީ قيامة ދުވަހުން ކަލޭގެފާނަށްވާނޭ މަތިވެރި نعمة ތަކެވެ.

  11. 11

    بَلْ كَذَّبُوا۟ بِٱلسَّاعَةِ ۖ وَأَعْتَدْنَا لِمَن كَذَّبَ بِٱلسَّاعَةِ سَعِيرًا

    Bal kaẓẓaboo bis-Saaʻati wa-ʹaʻtadnaa limañ kaẓẓaba bis-Saaʻati Saʻeeraa:

    އަދި ކިއެއްހެއްޔެވެ؟ އެމީހުން - يعني: މުޝްރިކުން - قيامة ދުވަސް ދޮގުކުރީއެވެ. އަދި قيامة ދުވަސް ދޮގުކުރި މީހުންނަށް ތިމަންރަސްކަލާނގެ ނަރަކައެއް (އަލިފާނެއް) ތައްޔާރުކުރެއްވީމެވެ.

  12. 12

    إِذَا رَأَتْهُم مِّن مَّكَانٍۭ بَعِيدٍ سَمِعُوا۟ لَهَا تَغَيُّظًا وَزَفِيرًا

    ʹIẓaa raʹathum mim makaanim baʻeediñ samiʻoo lahaa tag̣ayyuz̤̣añw wazafeeraa.

    އެނަރަކައަށް އެމީހުން ދުރުހިސާބަކުން ފެނިއްޖެއްޔާވެސް އެސޮރު ރުޅިއަރައިގަނެގެން އެސޮރުގެ މޭމަތިން އެރުޅީގެއަޑު އެމީހުން އަހާނެއެވެ. އަދި އެސޮރު ނޭވައި ދަމައިގަންނައަޑުވެސް އެމީހުން އަހާނެއެވެ.

  13. 13

    وَإِذَآ أُلْقُوا۟ مِنْهَا مَكَانًا ضَيِّقًا مُّقَرَّنِينَ دَعَوْا۟ هُنَالِكَ ثُبُورًا

    Wa-ʹiẓaaa ʹulq̣oo minhaa makaanañ ḍayyiq̣am muq̣arraneena daʻaw hunaalika s̤ubooraa!

    އަދި ކަސްތަޅުއެޅެވިގެންވާ حَالُ (އަތްތައް ކަނދުރާއަށް ބަނދެވިގެންވާ حال) އެނަރަކައިގެ ހަނި އަދި ދަތިތާކަށް އެމީހުން އަޅައިލެވިއްޖެއްޔާ އެމީހުން އެތާނގައި ގޮވާނެއެވެ. " އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ."

  14. 14

    لَّا تَدْعُوا۟ ٱلْيَوْمَ ثُبُورًا وَٰحِدًا وَٱدْعُوا۟ ثُبُورًا كَثِيرًا

    Laa- tadʻul yawma s̤uboorañw waaḥidañw wadʻoo s̤uboorañ kas̤eeraa!

    (އެވަގުތު އެމީހުންނަށް އެންގެވޭނެއެވެ.) މިއަދު ކަލޭމެން ހަލާކުހުއްޓޭ އެންމެފަހަރަކު ނުގޮވާށެވެ. އަދި އެތައްއެތައްހަލާކެއް ހުއްޓޭ ކަލޭމެންގޮވާށެވެ.

  15. 15

    قُلْ أَذَٰلِكَ خَيْرٌ أَمْ جَنَّةُ ٱلْخُلْدِ ٱلَّتِى وُعِدَ ٱلْمُتَّقُونَ ۚ كَانَتْ لَهُمْ جَزَآءً وَمَصِيرًا

    Q̣ul ʹaẓaalika khayrun ʹam jannatul khuldil latee wuʻidal Muttaq̣oon? Kaanat lahum jazaaaʹañw wamaseeraa.

    (އޭ رسول ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. އަޅެފަހެ ހެޔޮވެގެންވަނީ އެނަރަކަހެއްޔެވެ؟ ނުވަތަ تقوى ވެރިންނަށް ދެއްވުމަށް وَعد ވެވިގެންވާ (ﷲ އެމީހުންނަށް ދެއްވާނެކަމަށް وعد ކުރައްވާފައިވާ جَنَّةُ الْخُلْد އެވެކިޔުނު (ދެމިތިބޭނޭ) ސުވަރުގެހެއްޔެވެ؟ އެތަން އެމީހުންނަށް އެވަނީ އެމީހުން ދުނިޔޭގައި ކުރި ހެޔޮ عمل އާއި ކިޔަމަންތެރިކަމުގެ ބަދަލެއްގެގޮތުންނެވެ. އަދި آخرة ގައި އެމީހުންގޮސް ތިބޭތަނެއްގެ ގޮތުންނެވެ.

  16. 16

    لَّهُمْ فِيهَا مَا يَشَآءُونَ خَـٰلِدِينَ ۚ كَانَ عَلَىٰ رَبِّكَ وَعْدًا مَّسْـُٔولًا

    Lahum feehaa maa- yashaaaʹoona khaalideen: kaana ʻalaa Rabbika waʻdam masʹoolaa.

    އެސުވަރުގޭގައި އެމީހުން އެދޭހާއެއްޗެއް އެމީހުންނަށްވެއެވެ. އެއީ އެމީހުން ދެމިތިބޭ حال ގައެވެ. އަދި އެކަމަކީ ކަލޭގެފާނުންގެ ربّ އަށް ސުވާލުވެވެނިވި وعد އެކެވެ. (مؤمن ންވަނީ ދުނިޔޭގައިތިބެގެން ސުވަރުގެދެއްވުމަށް ﷲ އަށް دعاء ކޮށް ދަންނަވާފައެވެ. އަދި آخرة ދުވަހުން އެސުވަރުގެދެއްވާނެކަމަށް ﷲ ވަނީ އެމީހުންނަށް އަންގަވާފައެވެ. والله أعلم)

  17. 17

    وَيَوْمَ يَحْشُرُهُمْ وَمَا يَعْبُدُونَ مِن دُونِ ٱللَّهِ فَيَقُولُ ءَأَنتُمْ أَضْلَلْتُمْ عِبَادِى هَـٰٓؤُلَآءِ أَمْ هُمْ ضَلُّوا۟ ٱلسَّبِيلَ

    Wa-Yawma yaḥshuruhum wa-maa yaʻbudoona miñ doonil laahi fayaq̣oolu ʹAʹañtum ʹaḍlaltum ʻibaadee haaaʹulaaaʹi ʹam hum ḍallus Sabeel?˺

    އަދި އެމީހުން - يعني: قيامة ދޮގުކުރިމީހުން - އެއްކުރެވޭދުވަހު محشر ކުރެވޭދުވަހު އަދި ﷲ ފިޔަވައި އެމީހުން އަޅުކަންކުރިތަކެއްޗާއި އެއްކުރެވޭދުވަހު އެކަލާނގެ އެތަކެއްޗަށް - އެބަހީ: ﷲ ފިޔަވައި އަޅުކަންވެވުނު ތަކެއްޗަށް - وحي ކުރައްވާނެއެވެ. ތިމަންރަސްކަލާނގެ މިތިބަ އަޅުންތައް މަގުފުރެއްދީ ކަލޭމެން ހެއްޔެވެ. ނުވަތަ އެމީހުން އަމިއްލައަށް ހަމަ މަގުފުރެދުނީހެއްޔެވެ؟

  18. 18

    قَالُوا۟ سُبْحَـٰنَكَ مَا كَانَ يَنۢبَغِى لَنَآ أَن نَّتَّخِذَ مِن دُونِكَ مِنْ أَوْلِيَآءَ وَلَـٰكِن مَّتَّعْتَهُمْ وَءَابَآءَهُمْ حَتَّىٰ نَسُوا۟ ٱلذِّكْرَ وَكَانُوا۟ قَوْمًۢا بُورًا

    Q̣aaloo ˹Subḥaanaka maa- kaana yambag̣ee lanaaa ʹan nattakhiẓa miñ doonika min ʹawliyaaaʹa wa-laakim mattaʻtahum wa-ʹaabaaaʹahum ḥattaa nasuẓ Ẓikr: wa-kaanoo q̣awmam booraa.

    އެތަކެތި ﷲ އަށް ދަންނަވާނެއެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތައެވެ. އިބަރަސްކަލާނގެ ފިޔަވައި އެހެން އެއްވެސް ސަހަރޯވެރިއަކު ولى އަކީ ހިފާ إختيار ކުރުމީ އަހުރެމެންނަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި އެހެންނަމަވެސް އިބަރަސްކަލާނގެ އެމީހުންނަށާއި އެމީހުންގެ ކާބަފައިންނަށް (މުދަލާއި صحّة ގެގޮތުން) މުހުލަތުދެއްވައި نعمة ތައްދެއްވީއެވެ. އެއީ އިބަރަސްކަލާނގެ رسول ންނަށް ބާވައިލެއްވި هداية އާ ތެދުމަގު އެމީހުން ހަނދާންނެތިއްޖައުމަށްދާންދެންނެވެ. އަދި އެމީހުން ވީ ހަލާކުވެގެންވާ ބަޔަކުކަމުގައެވެ. އެމީހުން މަގުފުރެދުނީ ހަމައެމީހުން އަމިއްލައަށެވެ.

  19. 19

    فَقَدْ كَذَّبُوكُم بِمَا تَقُولُونَ فَمَا تَسْتَطِيعُونَ صَرْفًا وَلَا نَصْرًا ۚ وَمَن يَظْلِم مِّنكُمْ نُذِقْهُ عَذَابًا كَبِيرًا

    Faq̣ad kaẓẓabookum̃ bimaa taq̣ooloona famaa tastaṭeeʻoona ṣarfañw walaa naṣraa. Wa-mañy yaz̤̣lim miñkum nuẓiq̣hu ʻAẓaabañ kabeeraa.

    (ދެންފަހެ ﷲ ފިޔަވައި އެތަކެއްޗަށް އަޅުކަންވެވުނު ތަކެތި އެތަކެއްޗަށް އަޅުކަންކުރި މީސްތަކުންގެ ކިބައިން ބަރީއަވެގަންނަ ވަގުތު ﷲ تعالى އެކާފަރުންނަށް وحي ކުރައްވާނެއެވެ. އޭ މިތިބަމީހުންނޭވެ.) ހަމަކަށަވަރުން ކަލޭމެން ތިޔަބުނާބަސްތައް އެތަކެތި ދޮގުކޮށްފިއެވެ. ފަހެ ކަލޭމެނަށް ﷲ ގެ حضرة ން އަތުވެދާނޭ عذاب އެއް އެހެންފަރާތަކަށް އަނބުރައިލުމަށް ކަލޭމެންނަކަށް ކުޅަދާނަ ނުވާނެއެވެ. (އަދި ކަލޭމެންގެ އަމިއްލަ نفس ތަކަށް) نصر އެއް ދިނުމަށްވެސް ކަލޭމެންނަށް ކުޅަދާނަ ނުވާނެއެވެ. އަދި ކަލޭމެންކުރެ شِرك ކޮށް نفس އަށް އަނިޔާވެރިވެއްޖެމީހާއަށް ތިމަންރަސްކަލާނގެ ބޮޑުވެގެންވާ عذاب އެއްގެ ރަހަދައްކަވާހުށީމެވެ.

  20. 20

    وَمَآ أَرْسَلْنَا قَبْلَكَ مِنَ ٱلْمُرْسَلِينَ إِلَّآ إِنَّهُمْ لَيَأْكُلُونَ ٱلطَّعَامَ وَيَمْشُونَ فِى ٱلْأَسْوَاقِ ۗ وَجَعَلْنَا بَعْضَكُمْ لِبَعْضٍ فِتْنَةً أَتَصْبِرُونَ ۗ وَكَانَ رَبُّكَ بَصِيرًا

    Wa-maaa ʹarsalnaa q̣ablaka minal mursaleena ʹillaaa ʹinnahum layaʹkuloonaṭ ṭaʻaama wa-yamshoona fil ʹaswaaq̣: wa-jaʻalnaa baʻḍakum libaʻḍiñ fitnah: ʹataṣbiroon? Wa-kaana Rabbuka Baṣeeraa.

    (އޭ رسول ﷲ އެވެ.) ކަލޭގެފާނުންގެ ކުރީގައި ތިމަންރަސްކަލާނގެ ފޮނުއްވި އެއްވެސް رسول ބޭކަލެއް އެބޭކަލަކު ކާނާ ފަރީނުކުޅުއްވައި އަދި އެކިބޭނުންފުޅުގައި ބާޒާރުގައި ނުހިންގަވާ އެއްވެސް ބޭކަލަކު ނުވެއެވެ. (އެބަހީ: ކޮންމެ ބޭކަލަކުވެސް ފަރިކުޅުއްވައި ބާޒާރުގައި ހިންގަވާ އުޅުއްވައެވެ.) އޭ މީސްތަކުންނޭވެ. ކަލޭމެން އެއްބަޔަކު ލެއްވީ އަނެއްބަޔަކަށްވާ إمتحان އެއް ކަމުގައެވެ. (އެބަހީ: އެއްބަޔަކަށް نبي ކަންދެއްވައި އަނެއްބަޔަކަށް ވެރިކަންދެއްވައި އަނެއްބަޔަކު މުއްސަނދިކުރައްވައި އަދި އަނެއްބަޔަކު فقير ންކަމުގައިލައްވައި ދެން މިހެންނެވެ..... ކޮންމެބަޔަކުވެސް އެބަޔަކަށް ދެވުނު އެއްޗަކަށް ރުހެއެވެ. محمّد ގެފާނަށް ދުނިޔެ ނުދެއްވައި نبي ކަންދެއްވުނީ މިގޮތުންނެވެ..... والله أعلم) ކަލޭމެން ކަލޭމެނަށް ދެވުނު ތަކެއްޗަށް ކެތްކުރާނޭހެއްޔެވެ؟ އަދި ކަލޭގެފާނުންގެ ربّ ވޮޑިގެންވަނީ އެއެންމެންގެ حال ތަކަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައެވެ.

  21. 21

    ۞ وَقَالَ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا لَوْلَآ أُنزِلَ عَلَيْنَا ٱلْمَلَـٰٓئِكَةُ أَوْ نَرَىٰ رَبَّنَا ۗ لَقَدِ ٱسْتَكْبَرُوا۟ فِىٓ أَنفُسِهِمْ وَعَتَوْ عُتُوًّا كَبِيرًا

    Waq̣aalal laẓeena laa- yarjoona Liq̣aaaʹanaa Law-laaa ʹuñzila ʻalaynal malaaaʹikatu ʹaw naraa Rabbanaa? Laq̣adis takbaroo feee ʹañfusihim wa-ʻataw ʻutuwwañ kabeeraa!

    އަދި ތިމަންރަސްކަލާނގެއާއި ބައްދަލުވުމަށް ބިރުވެތި ނުވާމީހުން ނުވަތަ އެކަމަށް ނޭދޭމީހުން ބުނެއެވެ. (محمّد ގެފާނަކީ رسول އަކު ކަމުގެ خبر ދެއްވުމަށް) އަހުރެމެންގެގާތަށް ملائكة ބޭކަލަކު ފޮނުއްވާނެ ނަމައެވެ. ނުވަތަ މަލާއިކަތްބޭކަލަކު ނުފޮނުއްވީ ކީއްވެގެންބާވައެވެ؟ ނުވަތަ އަހުރެމެންގެ ربّ އަހުރެމެންނަށް ފެންނާނެނަމައެވެ! (އޭރުން އެކަލާނގެ އެކަލޭގެފާނުންގެ رسول ކަން ތެދުކަން އަންގަވައިފީހެވެ.) ހަމަކަށަވަރުން އެ مشرك ންގެ މީހުން ބޮޑާވެ އަދި ބޮޑާކަމާއި ނުކިޔަމަންތެރިކަމުގައި ހައްދުފަހަނަޅައިފިއެވެ.

  22. 22

    يَوْمَ يَرَوْنَ ٱلْمَلَـٰٓئِكَةَ لَا بُشْرَىٰ يَوْمَئِذٍ لِّلْمُجْرِمِينَ وَيَقُولُونَ حِجْرًا مَّحْجُورًا

    Yawma yarawnal malaaaʹikata laa- bushraa Yawmaʹiẓil lil-mujrimeena wa-yaq̣ooloona ḥijram maḥjooraa!

    އަދި އެމީހުން މަލާއިކަތްބޭކަލުން ދެކޭދުވަހުން އެބަހީ: قيامة ދުވަހުން އެއްވެސް އުފާވެރިކަމެއް އެ مجرم ންނަކަށް ނުވެއެވެ. އަދި އެބޭކަލުން (އެމީހުންނަށް ވިދާޅުވާނެއެވެ.) އުފާވެރިކަން ކަލޭމެނަށް حرام އެވެ. އަދި حرام ވެވިގެންވެއެވެ.

  23. 23

    وَقَدِمْنَآ إِلَىٰ مَا عَمِلُوا۟ مِنْ عَمَلٍ فَجَعَلْنَـٰهُ هَبَآءً مَّنثُورًا

    Wa-q̣adimnaaa ʹilaa maa- ʻamiloo min ʻamaliñ fajaʻalnaahu habaaaʹam mañs̤ooraa.

    އަދި އެމީހުން يعني: مُجْرِمُ ންގެ މީހުން ކުރިނަމަ ކުރިހެޔޮ عمل އަކާއިމެދު އިރާދަކުރެއްވިގޮތަކީ އެތަކެތި ވަޔަށް ބުރައިގެންދާ ކުނޑިތަކެއް (ނުވަތަ އަވިރޮނގުގެތެރޭ އެނބުރި އެނބުރި އެހުންނަ ކުނޑިތަކެއް) ފަދައިން އެމީހުންގެ عمل ތައް ތިމަންރަސްކަލާނގެ ލެއްވުމެވެ. (އެބަހީ: އެމީހުންގެ عمل ން އެމީހުންނަށް އެއްވެސް منفع އެއް ނުކުރާނެއެވެ.)

  24. 24

    أَصْحَـٰبُ ٱلْجَنَّةِ يَوْمَئِذٍ خَيْرٌ مُّسْتَقَرًّا وَأَحْسَنُ مَقِيلًا

    ʹAṣḥaabul Jannati Yawmaʹiẓin khayrum mustaq̣arrañw waʹaḥsanu maq̣eelaa.

    އެދުވަހުން ސުވަރުގޭގެ އެކުވެރިންވާނީ قرار ވެތިބުމަށް ހެޔޮވެގެންވާ ތަނެއްގައެވެ. އަދި އެމީހުން قَيْلُوْلَة ކުރާވަގުތު އަރާމުކުރާތަން ރަނގަޅުވެ ފައްކާވެގެންނެވެ. އެއީ ސުވަރުގެއެވެ.

  25. 25

    وَيَوْمَ تَشَقَّقُ ٱلسَّمَآءُ بِٱلْغَمَـٰمِ وَنُزِّلَ ٱلْمَلَـٰٓئِكَةُ تَنزِيلًا

    Wa-Yawma tashaq̣q̣aq̣us samaaaʹu bilg̣amaami wa-nuzzilal malaaaʹikatu tañzeelaa,

    އަދި غَمَامُ ފިޔަވައި، އެބަހީ: ހުދުވިލާގަނޑުން އުޑުފަޅަފަޅައިގެންގޮސް ކުދިކުދިވެ އަދި ކަނޑައެޅިގެން މަލާއިކަތްބޭކަލުން ފޮނުއްވެވި ބިމަށް ފައިބާވަޑައިގަންނަވާ ދުވަސް ހަނދުމަފުޅުކުރައްވާށެވެ! (އެއީ قيامة ދުވަހެވެ.)

  26. 26

    ٱلْمُلْكُ يَوْمَئِذٍ ٱلْحَقُّ لِلرَّحْمَـٰنِ ۚ وَكَانَ يَوْمًا عَلَى ٱلْكَـٰفِرِينَ عَسِيرًا

    ʹAlmulku Yawmaʹiẓinil ḥaq̣q̣u lir-Raḥmaan: wa-kaana Yawman ʻalal kaafireena ʻaseeraa.

    އެދުވަހުން ވެރިކަމާއި ރަސްކަން حقّ ގޮތުގައި އޮންނާނީ ހަމަ ސީދާ رحمن ވަންތަ ﷲ އަށެވެ. އަދި އެދުވަސްވަނީ ކާފަރުންގެމައްޗަށް ދަތިއުނދަގޫ ދުވަހެއްކަމުގައެވެ.

  27. 27

    وَيَوْمَ يَعَضُّ ٱلظَّالِمُ عَلَىٰ يَدَيْهِ يَقُولُ يَـٰلَيْتَنِى ٱتَّخَذْتُ مَعَ ٱلرَّسُولِ سَبِيلًا

    Wa-Yawma yaʻaḍḍuz̤̣ z̤̣aalimu ʻalaa yadayhi yaq̣oolu yaa-laytanit takhaẓtu maʻar Rasooli sabeelaa!

    އަދި އަނިޔާވެރިޔާ (مشرك މީހާ) އޭނާގެ ދެއަތުގައި އޭނާ ދަތްއަޅާދުވަސް (ހަނދާންކުރާށެވެ!). އޭނާ قيامة ދުވަހުން ބުނާނެއެވެ. އަހުރެން رسول އާއިއެކު މަގެއްހިފައި އެކަލޭގެފާނުންގެ މަގާއި تبع ވެވުނުނަމަ ކޮންފަދަ ރަނގަޅުވީސްހެއްޔެވެ؟

  28. 28

    يَـٰوَيْلَتَىٰ لَيْتَنِى لَمْ أَتَّخِذْ فُلَانًا خَلِيلًا

    Yaa-waylataa laytanee lam ʹattakhiẓ fulaanan khaleelaa!

    އޭ އަހުރެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ. (رسولއާގެ މަގުދޫކޮށް) އެވެނިމީހާ އަހުރެންގެ رحمة ތެރިއަކުކަމުގައި (تبع ވެވޭ މީހަކުކަމުގައި) ނުހިފުނުނަމަ ކިހާރަނގަޅުވީސްހެއްޔެވެ؟

  29. 29

    لَّقَدْ أَضَلَّنِى عَنِ ٱلذِّكْرِ بَعْدَ إِذْ جَآءَنِى ۗ وَكَانَ ٱلشَّيْطَـٰنُ لِلْإِنسَـٰنِ خَذُولًا

    Laq̣ad ʹaḍallanee ʻaniẓ Ẓikri baʻda ʹiẓ jaaaʹanee! Wa-kaanash Shayṭaanu lil-ʹiñsaani khaẓoolaa!

    ހަމަކަށަވަރުން އަހުރެން އެފަރާތަކާއި تبع ވީފަރާތް އަހުރެން قرآن އަށް إيمان ވިޔަނުދީ މަގުފުރައްދައިފިއެވެ. އެއީ އަހުރެންނަށް އެ ذِكر (އެބަހީ: قرآن އަށް އީމާންވާންވާނެކަން އެނގުމަށްފަހުގައެވެ. އަދި شيطان އާ ވަނީ އިންސާނާއަށް ކެހިވެރި އަދި ލަނޑުދޭ މީހަކުކަމުގައެވެ.

  30. 30

    وَقَالَ ٱلرَّسُولُ يَـٰرَبِّ إِنَّ قَوْمِى ٱتَّخَذُوا۟ هَـٰذَا ٱلْقُرْءَانَ مَهْجُورًا

    Wa-q̣aalar Rasoolu yaa-Rabbi ʹinna q̣awmit takhaẓoo haaẓal Q̣urʹaana mahjooraa.

    އަދި (އަނިޔާވެރިން އަތްތަކުގައި އެމީހުން ދަތްއަޅާ ދުވަހުން يعني: قيامة ދުވަހުން) رسول ﷺ ﷲ އަށް ދަންނަވާނެއެވެ. އޭ އަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާގެ قوم ގެމީހުން މި قرآن އަކީ ދުރަށް އެއްލާލެވިފައިވާ އެއްޗަކަށް ހަދައިލައިފިއެވެ. • ދަންނައެވެ. މިއާޔަތަކީ قرآن އަށް حكم ނުކުރާ އަދި އޭގައިވާގޮތަށް عمل ނުކުރާ ކޮންމެމީހަކަށް ﷲ ގެ حضرة ން އައިސްފައިވާ ގަދަ وعيد ގެ ބަސްފުޅެކެވެ. ބިރުވެރި ބަސްފުޅެކެވެ. قيامة ދުވަހުން ﷲ ގެ حضرة ގައި މާތްވެގެންވާ رسول شكوى ދަންނަވާނެއެވެ. قرآن އާއިމެދު أمّة ގެމީހުން ކަންތައްކުރި إهانة ތެރި ގޮތާއިމެދުގައެވެ. ތެދުތެދަށް ދަންނަވާނަމަ މިއަދު އަޅުގަނޑުމެންގެ عمل މިހުރީ ހަމަ ސެންޓުން ސެންޓަށް އެޔާއިއެއްގޮތަށެވެ. قرآن ގެ حكم ތައް އެހުރީ ހުރިތާނގައެވެ. މާމޮޅު އަމިއްލަ قانون ތަކަކާއި قوعد ތަކެއް ހަދާ މާބޯބޮޑެތި ބަޔަކަށްވެގެން قرآن އަށް މާތްކޮށް ހިތުމުގެ ނަމުގައި އެފޮތް ނަގާ ފޮތް ކާލިގަނޑުމަތީ ބާއްވައި ނުވަތަ އުރައެއްލައްވާ ސޯކޭހުތެރޭގައި ރައްކާތެރިކަމާއިއެކު ބާއްވަނީއެވެ. ފޮތް ބާވައިލެއްވުމުގެ مقصد ވެސް ނޭނގުނެވެ. ނުވަތަ މާތް رسول އާއަށްވެސް ނޭނގޭ تأويل ތައްކޮށް އާޔަތުގެ ނުއަތުމާނަ ނަގައި ތިމާމެންގެ އަމިއްލަ އެދުމުގައި ފޮތިއަޅަނީއެވެ. والعياذ بﷲ

  31. 31

    وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّا مِّنَ ٱلْمُجْرِمِينَ ۗ وَكَفَىٰ بِرَبِّكَ هَادِيًا وَنَصِيرًا

    Wa-kaẓaalika jaʻalnaa likulli nabiyyin ʻaduwwam minal mujrimeen: wa-kafaa bi-Rabbika Haadiyañw Wa-Naṣeeraa.

    އަދި محمّد ﷺ އަށްވެސް عَدُوّ ންލެއްވިފަދައިން ތިމަންރަސްކަލާނގެ ކޮންމެ نبي އަކަށްވެސް مُجْرِم ންގެތެރެއިން (ކުށްވެރި ނުބައި މީހުންގެތެރެއިން) عدوّ ން ލެއްވީމެވެ. އަދި (އޭ رسول ﷲ އެވެ.) ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ކަލާނގެ ތެދުމަގު ދައްކަވާކަލަކު ކަމުގައްޔާ نصر ވެރިއަކު ކަމުގައި ފުދިވޮޑިގެންވެއެވެ.

  32. 32

    وَقَالَ ٱلَّذِينَ كَفَرُوا۟ لَوْلَا نُزِّلَ عَلَيْهِ ٱلْقُرْءَانُ جُمْلَةً وَٰحِدَةً ۚ كَذَٰلِكَ لِنُثَبِّتَ بِهِۦ فُؤَادَكَ ۖ وَرَتَّلْنَـٰهُ تَرْتِيلًا

    Wa-q̣aalal laẓeena kafaroo law-laa nuzzila ʻalayhil Q̣urʹaanu jumlatañw Waaḥidah? Kaẓaalika linus̤abbita bihee fuʹaadaka wa-rattalnaahu tarteelaa.

    އަދި ކާފަރުންގެ މީހުން ބުނެއެވެ. އެކަލޭގެފާނުންގެ މައްޗަށް އެކީއެކަށް އެއްފަހަރާ قرآن ބާވައި ނުލެއްވީ ކީއްވެގެންބާވައެވެ؟ ނުވަތަ އެއްފަހަރާ ބާވައިލައްވާނޭނަމައެވެ. (އޭގެ جواب ގައި ﷲ އަންގަވައެވެ.) އެއީ ކަލޭގެފާނުންގެ ހިތްޕުޅު ސާބިތުކުރެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ އެ قرآن ވަރަށްރަނގަޅަށް ثابت ކުރައްވައި بيان ކުރެއްވީމެވެ.

  33. 33

    وَلَا يَأْتُونَكَ بِمَثَلٍ إِلَّا جِئْنَـٰكَ بِٱلْحَقِّ وَأَحْسَنَ تَفْسِيرًا

    Wa-laa yaʹtoonaka bimas̤alin ʹillaa jiʹnaaka bil-Ḥaq̣q̣i wa-ʹaḥsana tafseeraa.

    (އޭ رسول ﷲ އެވެ.) ކަލޭގެފާނުންގެ އަރިހަށް އެމީހުންގެނައި (އަދި ގެންނަ) ކޮންމެ މިސާލަކަށް އެ مثال އެއް باطل ވާފަދަ حقّ ތެދު بيان ތިމަންރަސްކަލާނގެ ގެނަސް ނުދެއްވާ އެއް مثال އެއްވެސް އެ مشرك ންގެމީހުން ކަލޭގެފާނުންގެ އަރިހަށް ގެނަސް ނުދެއެވެ. އަދި އޭގެ ރަނގަޅު މޮޅު تفصيل ތިމަންރަސްކަލާނގެ ކަލޭގެފާނަށް ގެނަސްދެމެވެ.

  34. 34

    ٱلَّذِينَ يُحْشَرُونَ عَلَىٰ وُجُوهِهِمْ إِلَىٰ جَهَنَّمَ أُو۟لَـٰٓئِكَ شَرٌّ مَّكَانًا وَأَضَلُّ سَبِيلًا

    ʹAllaẓeena yuḥsharoona ʻalaa wujoohihim ʹilaa Jahannama ʹulaaaʹika sharrum makanañw waʹaḍallu Sabeelaa.

    އެ مشرك ންނަކީ އެމީހުންގެ މޫނުތައް ވަތަށް ނަރަކައަށް އެއްކުރެވޭނެ މީހުންނެވެ. އަދި އެމީހުންނަކީ ތިބޭތަނުގެ ގޮތުން ނުބައިވެގެންވާ މީހުންނެވެ. އަދި އެމީހުންނަކީ އެންމެބޮޑަށް މަގުފުރެދި ވާވަދެފައިވާ މީހުންނެވެ.

  35. 35

    وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ وَجَعَلْنَا مَعَهُۥٓ أَخَاهُ هَـٰرُونَ وَزِيرًا

    Wa-laq̣ad ʹaataynaa Moosal Kitaaba wa-jaʻalnaa maʻahooo ʹakhaahu Haaroona Wazeeraa;

    އަދި ހަމަކަށަވަރުން موسى (عليه السّلام) އަށް ތިމަންރަސްކަލާނގެ ފޮތްދެއްވީމެވެ. توراة ދެއްވީމެވެ. އަދި އެކަލޭގެފާނާއިއެކު އެކަލޭފާނުންގެ أخ هارون (عليه السّلام) ވާގިވެރި އެހީތެރިއަކު ކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.

  36. 36

    فَقُلْنَا ٱذْهَبَآ إِلَى ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا فَدَمَّرْنَـٰهُمْ تَدْمِيرًا

    Faq̣ulnaẓ habaaa ʹilal q̣awmil laẓeena kaẓẓaboo biʹAayaatinaa: fadammarnaahum tadmeeraa.

    އަދި އެދެބޭކަލުންނަށް ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. ތިމަންރަސްކަލާނގެ آية ތައް ދޮގު ކުރި މީހުންގެގާތަށް (ތިމަންރަސްކަލާނގެ دليل ތަކާއި علامة ތައް ދޮގުކުރި މީހުންގެގާތަށް يعني: فرعون އާއި އޭނާގެ قوم އަށް) ތިޔައިގެ ދެބޭކަލުން ވަޑައިގަންނަވާށެވެ. އެއީ އެމީހުންނަށް ތެދުމަގަށް ގޮވައިލައްވާށެވެ. ދެން އެބޭކަލުން ވަޑައިގެން ގޮވާލެއްވުމުން އެބޭކަލުންނަށް ކިޔަމަންތެރިނުވިއެވެ. ދެންފަހެ (އެމީހުން ނުކިޔަމަންތެރިވީހިނދުން) ތިމަންރަސްކަލާނގެ އެމީހުން އެކީއެކައްޗަކަށް ހަލާކުކުރެއްވީމެވެ.

  37. 37

    وَقَوْمَ نُوحٍ لَّمَّا كَذَّبُوا۟ ٱلرُّسُلَ أَغْرَقْنَـٰهُمْ وَجَعَلْنَـٰهُمْ لِلنَّاسِ ءَايَةً ۖ وَأَعْتَدْنَا لِلظَّـٰلِمِينَ عَذَابًا أَلِيمًا

    Wa-q̣awma Nooḥil lammaa kaẓẓabur rusula ʹag̣raq̣naahum wa-jaʻalnaahum linnaasi ʹAayah; wa-ʹaʻtadnaa liz̤̣z̤̣aalimeena ʻAẓaaban ʹaleemaa;

    އަދި نوح عليه السّلام ގެ قوم، އެމީހުން رسول ބޭކަލުން ދޮގުކުރިހިނދުން ތިމަންރަސްކަލާނގެ އެމީހުން غرق ކުރައްވައި ހަލާކުކުރެއްވީމެވެ. އަދި މީސްތަކުންނަށްވާ عِبْرَة އަކާއި ތިމަންރަސްކަލާނގެ قدرة ތެރިކަމުގެ دليل އެއްކަމުގައި އެމީހުންގެ ކަންތައްލެއްވީމެވެ. އަދި އަނިޔާވެރިންނަށް - مشرك ންނަށް - ވޭންދެނިވި عذاب އެއް ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.

  38. 38

    وَعَادًا وَثَمُودَا۟ وَأَصْحَـٰبَ ٱلرَّسِّ وَقُرُونًۢا بَيْنَ ذَٰلِكَ كَثِيرًا

    Wa-ʻAadañw Wa-S̤amooda wa-ʹAṣḥaabar Rassi wa-q̣uroonam bayna ẓaalika kas̤eeraa.

    (އަދި عاد ބާގައިމީހުންނާއި ثُمُود ބާގައިގެމީހުންނާއި އަދި رَسُّ (1) (ވަޅު) ގެ އެކުވެރިންނާއި އަދި އެދެމެދުގެ އެތައް أمّة ތަކެއް (ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ.)

  39. 39

    وَكُلًّا ضَرَبْنَا لَهُ ٱلْأَمْثَـٰلَ ۖ وَكُلًّا تَبَّرْنَا تَتْبِيرًا

    Wa-kullañ ḍarabnaa lahul ʹams̤aala wa-kullañ tabbarnaa tatbeeraa.

    އަދި އެއިން ކޮންމެ أمّة އަކަށްވެސް ތިމަންރަސްކަލާނގެ مثال ތައް ޖައްސަވައި حجّة ތައް بيان ކޮށްދެއްވީމެވެ. އަދި އެއިން ކޮންމެ ބަޔަކުވެސް (ނުކިޔަމަންތެރިވީހިނދުން) އެބަޔަކު ހަލާކުކުރައްވައި ބަރުބާދުކުރެއްވީމެވެ. (1) رَسُّ އަކީ ބޮޑު ވަޅުގަނޑެކެވެ. އެއީ إنْطَاكِية ގައިވާ ވަޅެކެވެ. حَبِيْبُ النَّجَّار މަރާފައި ވައްޓައިލީ އެވަޅަށެވެ. يسن ސޫރަތުގެ ترجمة ގައި އެވާހަކަވެއެވެ. - زُبْدَةُ التّفسير -

  40. 40

    وَلَقَدْ أَتَوْا۟ عَلَى ٱلْقَرْيَةِ ٱلَّتِىٓ أُمْطِرَتْ مَطَرَ ٱلسَّوْءِ ۚ أَفَلَمْ يَكُونُوا۟ يَرَوْنَهَا ۚ بَلْ كَانُوا۟ لَا يَرْجُونَ نُشُورًا

    Wa-laq̣ad ʹataw ʻalal q̣aryatil lateee ʹumṭirat maṭaras sawʹ: ʹafalam yakoonoo yarawnahaa? Bal kaanoo laa- yarjoona Nushooraa.

    އަދި ހަމަކަށަވަރުން ނުބައިވެގެންވާ (ހިލަ) ވާރެއިން ވާރޭވެހެވުނު ރަށަށް މިމީހުން يعني: مكّة ގެ مشرك ން އައެވެ. (އެރަށް ކައިރިން އައިސްގޮސްވެއެވެ. އެއީ سَدُوم އެވެ. لُوط ބާގައިގެމީހުންގެ ރަށެވެ.) އެމީހުން ފަހެ އެރަށް ދެކޭކަމުގައި ނުވޭހެއްޔެވެ؟ (عبرة އަކަށް ނުފުދޭބާވައެވެ؟) އަދި ކިއެއްހެއްޔެވެ؟ އެމީހުން آخرة ދުވަހަށް ބިރުނުގަންނަނީއެވެ. އެދުވަހުގެ ثواب އަށް ނޭދެނީއެވެ.

  41. 41

    وَإِذَا رَأَوْكَ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَـٰذَا ٱلَّذِى بَعَثَ ٱللَّهُ رَسُولًا

    Wa-ʹiẓaa raʹawka ʹiñy yattakhiẓoonaka illaa huzuwaa:˹ ʹahaaẓal laẓee baʻas̤al laahu rasoolaa?

    (އޭ رسول ﷲ އެވެ.) އެ مشرك ންނަށް ކަލޭގެފާނު ފެނިއްޖެއްޔާ އެމީހުން ކަލޭގެފާނަށް މަލާމާތްކޮށް ފުރައްސާރަ ނޫނީ ނުކުރެއެވެ. (އަދި މަލާމާތުގެ ގޮތުން އެމީހުން ބުނެއެވެ.) ﷲ رسول އަކުކަމުގައި ފޮނުއްވީ މިކަލޭގެފާނު ހެއްޔެވެ؟

  42. 42

    إِن كَادَ لَيُضِلُّنَا عَنْ ءَالِهَتِنَا لَوْلَآ أَن صَبَرْنَا عَلَيْهَا ۚ وَسَوْفَ يَعْلَمُونَ حِينَ يَرَوْنَ ٱلْعَذَابَ مَنْ أَضَلُّ سَبِيلًا

    ʹIñ kaada layuḍillunaa ʻan ʹaalihatinaa Law-laaa ʹañ ṣabarnaa ʻalayhaa!˺ Wa-sawfa yaʻlamoona ḥeena yarawnal ʻAẓaaba man ʹaḍallu Sabeelaa!

    (އެ مشرك ންގެމީހުން ބުނެއެވެ.) އަހުރެމެން އަހުރެމެންގެ إله ންތަކުގެ މައްޗަށް ކެތްތެރިވެ އެތަކެއްޗަށް އަޅުކަންކުރުންމަތީ قائم ވެ ނުތިބިނަމަ އެ إله ންތަކާއި ދުރަށް އެކަލޭގެފާނު އަހުރެމެން އަނބުރައިލުން ހަމަކަށަވަރުން ގާތްވެގެންވެއެވެ. މަގުފުރައްދައިލުން ގާތްވެގެންވެއެވެ. (އޭގެ ޖަވާބުގައި ﷲ އެ އަންގަވަނީ) އެމީހުންނަށް عذاب ފެންނަހިނދުން ބޮޑަށް މަގުފުރެދިގެންވަނީ ކާކުކަން ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ.

  43. 43

    أَرَءَيْتَ مَنِ ٱتَّخَذَ إِلَـٰهَهُۥ هَوَىٰهُ أَفَأَنتَ تَكُونُ عَلَيْهِ وَكِيلًا

    ʹAraʹayta manit takhaẓa ʹilaahahoo hawaah? ʹA-faʹañta takoonu ʻalayhi wakeelaa?

    (އޭ رسول ﷲ އެވެ.) ތިމާއަޅުކަންކުރާ إله އަކީ ތިމާގެ هوى نفس ކަމުގައި އެބަހީ: ތިމާގެ ހިތަށް ފެންނަހާގޮތެއްކަމުގައި ހަދައި އެގޮތް إختيار ކުރިމީހާ ކަލޭގެފާނު ދެކެވަޑައިގެންނެވީމުތޯއެވެ؟ އަޅެފަހެ އެފަދަ މީހާ އޭނާގެ އެ جاهل ކަމުގައި އޭނާގެ عمل ތައް ރައްކާތެރިކޮށް ބަލަހައްޓަވާ وكيل އަކުކަމުގައި ކަލޭގެފާނު ވެވަޑައިގަންނަވާނުތޯއެވެ؟ • ރިވާވެގެންވެއެވެ. ބުދަށް އަޅުކަންކުރާ مشرك ންގެ މީހާ އޭނާ ހިލަގަނޑަށް އަޅުކަންކޮށްކޮށްހުއްޓާ އޭނާއަށް އެއަށްވުރެ ރަނގަޅު ހިލަގަނޑެއް ފެނިއްޖެއްޔާ ކުރީ އަޅުކަންކުރި ހިލަގަނޑު އެއްލައިލާފައި ފަހުން ފެނުނު ހިލަގަނޑަށް އަޅުކަންކުރެއެވެ. އަލުންވެސް އެއަށްވުރެ ރަނގަޅު ހިލަގަނޑެއް ފެނިއްޖެއްޔާ މިހާރު އެއަޅުކަންކުރާ ހިލަގަނޑު އެއްލައިލައިފާ ފަހުން ފެނުނު ހިލަގަނޑަށް އަޅުކަންކުރެއެވެ. އެގޮތުންގޮސް އޭނާ އަޅުކަންކުރާ إله އަކީ އޭނާގެ هوى نفس إختيار ކުރާ އެއްޗަކަށް ވެދެއެވެ. މިފަދަމީހުންގެމައްޗަށް އިސްވެދިޔަ އާޔަތް ރަނގަޅަށް تَطْبِيْقُ ވެއެވެ. = تفسير طبري =

  44. 44

    أَمْ تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَ ۚ إِنْ هُمْ إِلَّا كَٱلْأَنْعَـٰمِ ۖ بَلْ هُمْ أَضَلُّ سَبِيلًا

    ʹAm taḥsabu ʹanna ʹaks̤arahum yasmaʻoona ʹaw yaʻq̣iloon? ʹIn hum ʹillaa kal-ʹanʻaami bal hum ʹaḍallu Sabeelaa.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ހީފުޅުކުރައްވަނީ އެމީހުންކުރެ ގިނަމީހުންނަކީ ހެޔޮބަސްއަހައި އަދި ރަނގަޅުގޮތް ވިސްނާ ބަޔަކު ކަމަށްތޯއެވެ؟ (އެހެންނޫނެވެ.) އެމީހުން نَعَمْ ސޫފިފަދައިން މެނުވީ ނުވެއެވެ. އަދި ކިއެއްހެއްޔެވެ؟ އެއަށްވުރެވެސް މަގުފުރެދުންބޮޑެވެ.

  45. 45

    أَلَمْ تَرَ إِلَىٰ رَبِّكَ كَيْفَ مَدَّ ٱلظِّلَّ وَلَوْ شَآءَ لَجَعَلَهُۥ سَاكِنًا ثُمَّ جَعَلْنَا ٱلشَّمْسَ عَلَيْهِ دَلِيلًا

    ʹAlam tara ʹilaa Rabbika kayfa maddaz̤̣- Z̤̣ill! Wa-law shaaaʹa lajaʻalahoo saakinaa! S̤umma jaʻalnash shamsa ʻalayhi daleelaa;

    (އޭ رسول ﷲ އެވެ!) (ފަތިސްނަމާދާއި އިރުއެރުމާއި ދެމެދުއޮންނަ) ހިޔާގަޑު ކަލޭގެފާނުންގެ ربّ ދަމަހައްޓަވާގޮތަކަށް ނުބައްލަވަމުތޯއެވެ؟ އެކަމަށް فكر ފުޅު ނުކުރައްވަމުތޯއެވެ؟ އަދި އެކަލާނގެ އިރާދަކުރައްވައިފިނަމަ އެހިޔާގަނޑު ދާއިމީގޮތެއްގައި ހަމަހިމޭނުން (އަވިނުދީ) އޮންނަގޮތަކަށްވެސް ހައްދަވައިފީހެވެ. ދެން އެހިޔާގަނޑުގެމައްޗަށްވާ دليل އެއްކަމުގައި އިރު އެކަލާނގެ ލެއްވިއެވެ. (އެހެނީ އިރުއަރާ އަވިދިނުމުން ހިޔާ ހިނގައިދެއެވެ. ހިޔާކަން އެނގެނީ އޭރުންނެވެ. ކޮންމެއެއްޗެއްވެސް ވަކިކޮށް އެގެވޭނީ އޭގެ އިދިކޮޅު އައީމައެވެ.)

  46. 46

    ثُمَّ قَبَضْنَـٰهُ إِلَيْنَا قَبْضًا يَسِيرًا

    S̤umma q̣abaḍnaahu ʹilaynaa q̣abḍañy yaseeraa.

    ދެން ތިމަންރަސްކަލާނގެ حضرة އަށް އަވަސްއަވަހަށް ނުވަތަ މަޑުމަޑު ސިއްރު ހިތްޕެވުމަކުން އެހިޔާގަނޑު ތިމަންރަސްކަލާނގެ ހިތްޕަވަމެވެ.

  47. 47

    وَهُوَ ٱلَّذِى جَعَلَ لَكُمُ ٱلَّيْلَ لِبَاسًا وَٱلنَّوْمَ سُبَاتًا وَجَعَلَ ٱلنَّهَارَ نُشُورًا

    Wa-Huwal laẓee jaʻala lakumul Layla libaasañw wan-Nawma subaatañw wajaʻalan Nahaara Nushooraa.

    އަދި (އޭ މީސްތަކުންނޭވެ!) ކަލޭމެނަށްޓަކައި ނިވައިވާ އެއްޗެއްކަމުގައި يعني: ލިބާހެއްކަމުގައި ރޭގަނޑުލެއްވީ އެކަލާނގެއެވެ. އަދި ކަލޭމެނަށްޓަކައި ނިދި އެއީ އަރާމެއްކަމުގައި ލެއްވީވެސް ހަމަ އެކަލާނގެއެވެ. އަދި ދުވާލަކީ މަސައްކަތަށް ހިނގާބިނގާވެ ފެތުރިގަންނަ ވަގުތެއްކަމުގައި އެކަލާނގެ ލެއްވިއެވެ.

  48. 48

    وَهُوَ ٱلَّذِىٓ أَرْسَلَ ٱلرِّيَـٰحَ بُشْرًۢا بَيْنَ يَدَىْ رَحْمَتِهِۦ ۚ وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً طَهُورًا

    Wa-Huwal laẓeee ʹarsalar Riyaaḥa bushram bayna yaday Raḥmatih, wa-ʹañzalnaa minas samaaaʹi maaaʹañ ṭahooraa,

    އަދި އެކަލާނގެ رحمة އެއްކަމުގައިވާ ވާރޭފެނުގެ ކުރިން (ފެންއައުމުގެ އުފާވެރިކަމެއްގެގޮތުން) ވައިޖެއްސެވީވެސް ހަމަ އެކަލާނގެއެވެ. ﷲ އެވެ. (އަދި އެކަލާނގެ وحي ކުރެއްވިއެވެ.) އަދި އުޑުން ހަމަސީދާ ސާފު طهور ފެން ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ.

  49. 49

    لِّنُحْـِۧىَ بِهِۦ بَلْدَةً مَّيْتًا وَنُسْقِيَهُۥ مِمَّا خَلَقْنَآ أَنْعَـٰمًا وَأَنَاسِىَّ كَثِيرًا

    Linuḥyiya bihee baldatam maytañw wanusq̣iyahoo mimmaa khalaq̣naaa ʹanʻaamañw Waʹanaasiyya kas̤eeraa.

    އެއީ އެފެނުގެ ސަބަބުން މަރުވެފައިވާ ރަށް ދިރުވުމަށެވެ. (ގަސްފެޅުވުމަށެވެ.) އަދި ތިމަންރަސްކަލާނގެ ހެއްދެވިތަކެތީގެތެރެއިން نَعَمْ ސޫތްޕާއި އަދި ގިނަ އިންސާނުންނަށް ތިމަންރަސްކަލާނގެ އެފެން ބޯންދެއްވުމަށެވެ. މިއިން މުރާދުކުރެވެނީ ދިރޭތަކެއްޗެވެ.

  50. 50

    وَلَقَدْ صَرَّفْنَـٰهُ بَيْنَهُمْ لِيَذَّكَّرُوا۟ فَأَبَىٰٓ أَكْثَرُ ٱلنَّاسِ إِلَّا كُفُورًا

    Wa-laq̣ad ṣarrafnaahu baynahum liyaẓẓakkaroo, faʹabaaa ʹaks̤arun naasi ʹillaa kufooraa.

    އަދި ތިމަންރަސްކަލާނގެ އެމީހުންގެ މެދުގައި އެފެން ބައްސަވަމެވެ. އެއީ ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވާ ދަރުމަކުރައްވާ نعمة އެމީހުން ހަނދާންކުރުމަށެވެ. އަދި އެހެނެއްކަމަކު ގިނަމީސްތަކުން (نعمة އަށް) ކާފަރުވުން މެނުވީ إختيار ނުކުރިއެވެ. نعمة އަށް شكر ކުރުމުން مَنَع ވެގަތީއެވެ.

  51. 51

    وَلَوْ شِئْنَا لَبَعَثْنَا فِى كُلِّ قَرْيَةٍ نَّذِيرًا

    Wa-law shiʹnaa labaʻas̤naa fee kulli q̣aryatin naẓeeraa.

    އަދި ތިމަންރަސްކަލާނގެ އެދިވޮޑިގެންނެވިނަމަ ކޮންމެރަށަކަށްވެސް نَذِيْرُ އަކު ފޮނުއްވައިފީހެވެ. إنْذَار ކުރާނޭ ބޭކަލަކު ފޮނުއްވައިފީހެވެ.

  52. 52

    فَلَا تُطِعِ ٱلْكَـٰفِرِينَ وَجَـٰهِدْهُم بِهِۦ جِهَادًا كَبِيرًا

    Falaa tuṭiʻil kaafireena wa-jaahidhum̃ bihee jihaadañ kabeeraa.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ކާފަރުންނަށް ކިޔަމަންތެރިވެވަޑައި ނުގަންނަވާށެވެ! އަދި އެމީހުންނާއި އިދިކޮޅަށް ބޮޑުވެގެންވާ جِهَاد އަކުން جِهَاد ކުރައްވާށެވެ.

  53. 53

    ۞ وَهُوَ ٱلَّذِى مَرَجَ ٱلْبَحْرَيْنِ هَـٰذَا عَذْبٌ فُرَاتٌ وَهَـٰذَا مِلْحٌ أُجَاجٌ وَجَعَلَ بَيْنَهُمَا بَرْزَخًا وَحِجْرًا مَّحْجُورًا

    Wa-Huwal laẓee marajal baḥrayni haaẓaa ʻaẓbuñ furaatuñw wahaaẓaa milḥun ʹujaaj; wa-jaʻala baynahumaa Barzakhañw Waḥijram maḥjooraa.

    އަދި (މީރުފެނާ ލޮނުފެނާ) ދެކަނޑު އެކުއެކުއޮންނަގޮތަށް ލެއްވީ ހަމަ އެކަލާނގެއެވެ. (ﷲ އެވެ.) އެއްކަނޑު މިއީ ހަމަ މީރު މީރުކަންގަދަ ފެނެވެ. އަނެއްކަނޑު މިއީ ލޮނުކަންގަދަ ލޮނު ހިތިފެނެވެ. (ދެކަނޑު މިވަނީ އެކުއެކުގައެވެ.) އެކަމަކު އެދެކަނޑު ދެމެދުގައި (މީހުނަށް ނޭނގޭ) ހުރަހެއް އެކަލާނގެ ލެއްވިއެވެ. (އަދި އެއްގޮތަކަށްވެސް މައްސުނިވެ އެކުނުވާނޭގޮތުން) ބަންދުކުރައްވައި އެއްކަނޑު އަނެއްކަނޑަށް ވަދެ ދެކަނޑު ދެކަނޑަށް فَاسِدُ ވުން އެއީ حَرام ވެގެންވާ ކަމެއްކަމުގައި އެކަލާނގެ ލެއްވިއެވެ.\n• ދަންނައެވެ. މިބާވަތުގެ ތަންތަން يعني: ދެކަނޑު ޖެހުނު ތަންތަން ފެނުން ފާހަގަކުރެވޭ ކަމުގައިވެއެވެ. އެއްފަރާތުން ފެންފޮދެއްނަގައި ބޮއިލާއިރު ހަމަ މީރުފެނެވެ. އަނެއްފަރާތުން ފެންފޮދެއް ނަގައި ބޮއިލާއިރު ހަމަ ގަދަލޮނެވެ. އެއްކަނޑެވެ. އެއްވެސް ބާވަތެއްގެ ފާރެއް ނުވަތަ ވަކިކުރުމެއް ލޮލަކަށް ނުފެނެއެވެ. އެބާވަތުގެ ތަންތަނުން ފެންބުއިކުދިން އަޅުގަނޑާއެކު އެއްކުލާހެއްގައިވެސް ތިއްބެވެ. މިފަދަމިފަދަ ކަންކަމަކީ ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ ފުރިހަމަ ހެއްކެވެ. دليل އެވެ.

  54. 54

    وَهُوَ ٱلَّذِى خَلَقَ مِنَ ٱلْمَآءِ بَشَرًا فَجَعَلَهُۥ نَسَبًا وَصِهْرًا ۗ وَكَانَ رَبُّكَ قَدِيرًا

    Wa-Huwal laẓee khalaq̣a minal maaaʹi basharañ fajaʻalahoo nasabañw waṣihraa: wa-kaana Rabbuka Q̣adeeraa.

    އަދި އެކަލާނގެއީ يعني: ﷲ އީ މަނިފޮދުވަރަކުން އިންސާނާ ހައްދަވައި ދެން އެއިންސާނާއީ ނަސަބުކަމުގައްޔާއި އަދި ޅިޔަންފަހަރިކަމުގައި ލެއްވި ކަލާނގެއެވެ. (އެބަހީ: ނަސަބު ދަމަހައްޓައި ޅިޔަންފަހަރި ވާނޭގޮތް ލެއްވިއެވެ.) (އަދި އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ އެއީ ކުޅަދުންވަންތަކަލަކު ކަމުގައިވިއެވެ.

  55. 55

    وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُهُمْ وَلَا يَضُرُّهُمْ ۗ وَكَانَ ٱلْكَافِرُ عَلَىٰ رَبِّهِۦ ظَهِيرًا

    Wa-yaʻbudoona miñ doonil laahi maa laa- yañfaʻuhum wa-laa yaḍurruhum: wa-kaanal kaafiru ʻalaa Rabbihee z̤̣aheeraa!

    އަދި އެމީހުން - يعني: مشرك ން - އެމީހުންނަށް ފައިދާއެއް ނުކުރާ އަދި އެމީހުންނަށް ގެއްލުމެއް އަދި އުނދަގުލެއްވިޔަސް ނުދެވޭ އެއްޗެހިތަކަކަށް އެމީހުން ﷲ ފިޔަވައި އަޅުކަންކުރަނީއެވެ. އަދި ކާފަރު އިންސާނާވީ އޭނާގެ ربّ އާއި އިދިކޮޅަށް (شيطان އާއަށް) ވާގިދޭ ވާގިވެރިޔަކު ކަމުގައެވެ.

  56. 56

    وَمَآ أَرْسَلْنَـٰكَ إِلَّا مُبَشِّرًا وَنَذِيرًا

    Wa-maaa ʹarsalnaaka ʹillaa mubashshirañw wanaẓeeraa.

    އަދި (އޭ رسول ﷲ އެވެ!) އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި އަދި إنْذَار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު رسول ކަމާއިގެން ނުފޮނުއްވަމުއެވެ.

  57. 57

    قُلْ مَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ إِلَّا مَن شَآءَ أَن يَتَّخِذَ إِلَىٰ رَبِّهِۦ سَبِيلًا

    Q̣ul maaa ʹasʹalukum ʻalayhi min ʹajrin ʹillaa mañ shaaaʹa ʹañy yattakhiẓa ʹilaa Rabbihee Sabeelaa.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އެކަމުގެ މައްޗަށް އެބަހީ: رسول ކަން އިއްވަވާތީ އެކަމުގެމައްޗަށް ކަލޭމެންގެ ކިބައިން އެއްވެސް އުޖޫރައަކަށް / ފީއަކަށް ނޭދެމެވެ. (އެކަމަކު ތިމަންކަލޭގެފާނު މިއެދެނީ) އެދޭމީހަކުވިއްޔާ އެމީހަކު ހައްދަވާބޮޑުކުރެއްވި ربّ ގެ حضرة އަށް މަގެއް ހިފުމަށެވެ. ﷲ ގެ حضرة އަށް ކިޔަމަންތެރިވެ އެކަލާނގެއަށް إيمان ވުމަށެވެ.

  58. 58

    وَتَوَكَّلْ عَلَى ٱلْحَىِّ ٱلَّذِى لَا يَمُوتُ وَسَبِّحْ بِحَمْدِهِۦ ۚ وَكَفَىٰ بِهِۦ بِذُنُوبِ عِبَادِهِۦ خَبِيرًا

    Wa-tawakkal ʻalal Ḥayyil laẓee laa- yamootu wa-sabbiḥ bi-Ḥamdih; wa-kafaa bihee biẓunoobi ʻibaadihee khabeeraa;

    (އޭ رسول ﷲ އެވެ!) އަދި މަރުވުމެއްނެތް ދިރިދެމިވޮޑިގެންވާ ކަލާނގެއަށް يعني: ﷲ އަށް - ކަލޭގެފާނު وكيل ކުރައްވާށެވެ! އިތުބާރުކުރައްވާށެވެ! އަދި އެކަލާނގެއަށް تسبيح ވިދާޅުވެ حمد ކުރައްވާށެވެ! އަދި އެކަލާނގެ އަޅުތަކުން ކުރާ ފާފަތަކުގެ خبر ދެނެވޮޑިގެންވާކަލަކު ކަމުގައި އެކަލާނގެ ފުދިވޮޑިގެންވެއެވެ. (އެހެނީ އެކަލާނގެއަށް އެއްވެސް އެއްޗެއް ވަންހަނާވެގެން ނުވެއެވެ.)

  59. 59

    ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۚ ٱلرَّحْمَـٰنُ فَسْـَٔلْ بِهِۦ خَبِيرًا

    ʹAllaẓee khalaq̣as samaawaati wal-ʹarḍa wa-maa baynahumaa fee sittati ʹayyaamiñ s̤umma stawaa ʻalal ʻArsh, ʹAr-Raḥmaanu fasʹal bihee khabeeraa.

    އެކަލާނގެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާތަކެތި ހަދުވަހުގެތެރޭގައި ހެއްދެވި ކަލާނގެއެވެ. ދެން އެކަލާނގެ عَرْشِ އަށް إسْتواى ވެވޮޑިގެންނެވިއެވެ. އެއީ رحمن ވަންތަ ކަލާނގެއެވެ. ފަހެ خبر ތައް ދެނެވޮޑިގެންވާ އަދި خبر ތައް ދެއްވާ ކަލެއްގެގޮތުން އެކަލާނގެއާއި ސުވާލުކުރައްވާށެވެ! (އެހެނީ އެކަލާނގެ ހުރިހާކަމެއްގެ خبر ދެނެވޮޑިގެންވެއެވެ. - ނުވަތަ އެކަލާނގެއީ ކޮންފަދަ ކަލަކުކަން ސާފުކުރުމަށް ރަނގަޅަށް خبر ދަންނަ ފަރާތަކާއި ސުވާލުކުރާށެވެ. - މިދެތަރުޖަމާވެސްވެއެވެ. والله أعلم.

  60. 60

    وَإِذَا قِيلَ لَهُمُ ٱسْجُدُوا۟ لِلرَّحْمَـٰنِ قَالُوا۟ وَمَا ٱلرَّحْمَـٰنُ أَنَسْجُدُ لِمَا تَأْمُرُنَا وَزَادَهُمْ نُفُورًا ۩

    Wa-ʹiẓaa q̣eela lahumus judoo lir-Raḥmaani q̣aaloo wa-mar Raḥmaan? ʹAnasjudu limaa taʹmurunaa wa-zaadahum nufooraa.

    އަދި ކަލޭމެން رَحْمنُ ވަންތަ ﷲ އަށް سَجِدة ކުރާށޭ އެމީހުންނަށް يعني: ﷲ ފިޔަވައި އެހެންފަރާތްތަކަށް އަޅުކަންކުރާ މީހުންނަށް ބުނެވިއްޖެއްޔާ އެމީހުން ބުނާނެއެވެ. الرّحْمن އެއީ ކާކުހެއްޔެވެ؟ ކަލޭގެފާނު އަހުރެމެންނަށް އަމުރުކުރާ އެއްޗަކަށް އަހުރެމެން سَجِدة ކުރަންވީހެއްޔެވެ؟ (އެހެން ހަމައެގޮތަށް سَجِدة ނުކުރާނަމެވެ!) އަދި ނުރުހުމާއި ދުރަށް ފިލައިގެންދިއުން މެނުވީ އެމީހުންނަށް އިތުރުނުވެއެވެ.

  61. 61

    تَبَارَكَ ٱلَّذِى جَعَلَ فِى ٱلسَّمَآءِ بُرُوجًا وَجَعَلَ فِيهَا سِرَٰجًا وَقَمَرًا مُّنِيرًا

    Tabaarakal laẓee jaʻala fis samaaaʹi Buroojañw Wajaʻala feehaa siraajañw waq̣amaram muneeraa!

    އުޑުގައި ގަނޑުވަރުތައް ލެއްވި ކަލާނގެ ބަރަކާތްވަންތަވެވޮޑިގެންވެއެވެ. (އެކަލާނގެ فَضْل ވަންތަކަމާއި ދަރުމަވަންތަކަން ގިނަވެގެންވެއެވެ.) އަދި އެކަލާނގެ އެއުޑުގައި ބައްތިއަކާއި އެބަހީ: އިރަކާއި އަދި އަލިކުރާ ހަނދެއްލެއްވިއެވެ.

  62. 62

    وَهُوَ ٱلَّذِى جَعَلَ ٱلَّيْلَ وَٱلنَّهَارَ خِلْفَةً لِّمَنْ أَرَادَ أَن يَذَّكَّرَ أَوْ أَرَادَ شُكُورًا

    Wa-Huwal laẓee jaʻalal layla wannahaara khilfatal liman ʹaraada ʹañy yaẓẓakkara aw ʹaraada shukooraa.

    އަދި ހަމަ އެކަލާނގެ ރޭގަނޑާއި ދުވާލު އެކައްޗަކަށްފަހު އަނެކަތި އަންނަގޮތަށް ލެއްވިއެވެ. (އެގޮތަށް ނުވާނަމަ ރޭގަނޑާއި ދުވާލު ވަކިނުވީހެވެ. އަދި އަހަރުތަކާއި ވަގުތުތައް އޮޅުން ނުފިލީހެވެ.) އެއީ ﷲ ގެ އަމުރުފުޅުތައް އެދޭމީހަކަށް އެކަން قصد ކުރާމީހަކަށް ނުވަތަ ހަނދާންކުރާމީހަކަށް ނުވަތަ އެކަލާނގެ نعمة އަށް شكر ކުރުމަށް އެދޭމީހަކަށެވެ. (އެމީހަކު އެކަންކުރާ ހުށިކަމެވެ.)

  63. 63

    وَعِبَادُ ٱلرَّحْمَـٰنِ ٱلَّذِينَ يَمْشُونَ عَلَى ٱلْأَرْضِ هَوْنًا وَإِذَا خَاطَبَهُمُ ٱلْجَـٰهِلُونَ قَالُوا۟ سَلَـٰمًا

    Wa-ʻibaadur Raḥmaanil laẓeena yamshoona ʻalal ʹarḍi hawnañw waʹiẓaa khaaṭabahumul jaahiloona q̣aaloo ˹Salaamaa!˺

    އަދި رحمن ވަންތަ ކަލާނގެ އަޅުތަކުން (ދަންނައެވެ.) އެމީހުންނަކީ ބިމުގައި ހިނގާއިރު މަޑުމައިތިރިކަމާއި تواضع ވެރިކަމާއިއެކު ހިނގާމީހުންނެވެ. އަދި ތަންދޮރު ނޭނގޭ جاهل މީހުން އެމީހުންނާއި ވާހަކަދައްކާ ހިތްހަމަނުޖެހޭފަދައަކުން مُخَاطب ކޮށްފިއްޔާވެސް އެޖާހިލުންނަށް ސީދާ ތެދުބަހުން ޖަވާބުދެއެވެ. ނުވަތަ ގިނަވާހަކަނުދައްކައި ހަމައެކަނި ސަލާމު އެވެބުނެއެވެ.

  64. 64

    وَٱلَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَـٰمًا

    Wallaẓeena yabeetoona li-Rabbihim sujjadañw waq̣iyaamaa;

    އަދި އެމީހުންނަކީ يعني: رحمن ވަންތަ ﷲ ގެ އަޅުތަކުންނަކީ އެމީހުން ހައްދަވާބޮޑުކުރައްވާ ربّ އަށް سَجِدَة ކުރުމާއި قِيَامُ ކުރާ حال (އެބަހީ: އެކަލާނގެއަށް އަޅުކަންކުރާ حال) އެމީހުން ރޭގަނޑު ވޭތިކުރާ މީހުންނެވެ.

  65. 65

    وَٱلَّذِينَ يَقُولُونَ رَبَّنَا ٱصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا

    Wallaẓeena yaq̣ooloona Rabbanaṣ rif ʻannaa ʻAẓaaba Jahannama ʹinna ʻAẓaabahaa kaana g̣araamaa,

    އަދި އެމީހުންނަކީ މިފަދައިން ދަންނަވާ دعاء ކުރާ މީހުންނެވެ. " އޭ އަޅަމެންގެ ربّ އެވެ! އަޅަމެންގެ ކިބައިން ނަރަކައިގެ عَذاب ދުރުކުރައްވާންދޭވެ!". ހަމަކަށަވަރުން އެތާނގެ عذاب އެއީ (عذاب ލިބޭމީހާ އާއި) ވަކިވެނުދާ އެއްޗެއްކަމުގައިވެއެވެ.

  66. 66

    إِنَّهَا سَآءَتْ مُسْتَقَرًّا وَمُقَامًا

    ʹInnahaa saaaʹat mustaq̣arrañw wamuq̣aamaa.

    ހަމަކަށަވަރުން އެތަނަކީ قَرَارُ ވެތިބޭތަނުގެ ގޮތުންނާއި قائم ވެތިބޭ ތަނުގެގޮތުން ވަރަށްވެސް ނުބައިވެގެންވާ ތަނެކެވެ.

  67. 67

    وَٱلَّذِينَ إِذَآ أَنفَقُوا۟ لَمْ يُسْرِفُوا۟ وَلَمْ يَقْتُرُوا۟ وَكَانَ بَيْنَ ذَٰلِكَ قَوَامًا

    Wallaẓeena ʹiẓaaa ʹañfaq̣oo lam yusrifoo wa-lam yaq̣turoo wa-kaana bayna ẓaalika q̣awaamaa.

    އަދި އެމީހުން އެބަހީ: رحمن ވަންތަ ﷲ ގެ އަޅުތަކުން ހޭދައެއްކުރަންޏާ އެމީހުން إسراف ނުކުރެއެވެ. (ﷲ ގެ އުރެދުމުގައި މުދާހޭދަނުކުރެއެވެ.) އަދި خرد ކުރުން حقّ ވަރަށް خرد ނުކޮށްވެސް ނުހިފަހައްޓައެވެ. އެމީހުންގެ ހޭދަކުރުންވަނީ އެދެމެދުގެ މެދުމިނަށެވެ. عدل ވެރިގޮތަށެވެ.

  68. 68

    وَٱلَّذِينَ لَا يَدْعُونَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ وَلَا يَقْتُلُونَ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ وَلَا يَزْنُونَ ۚ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًا

    Wallaẓeena laa- yadʻoona maʻal laahi ʹilaahan ʹaakhara wa-laa yaq̣tuloonan nafsal latee ḥarramal laahu ʹillaa bilḥaq̣q̣i wa-laa yaznoon; wa-mañy yafʻal ẓaalika yalq̣a ʹas̤aamaa,

    އަދި އެމީހުން ﷲ އާއިއެކު އެހެން إله އަކަށް دعاء ކޮށް ގޮވާނަހަދައެވެ. އަދި ﷲ حرام ކުރައްވާ حرمة ތެރިކުރައްވާފަވާ އެއްވެސް نفس އެއް حقّ އަކާލައިގެން މެނުވީ އެމީހުން ނުމަރައެވެ. އަދި އެމީހުން ޒިނޭ ނުކުރެއެވެ. އަދި އެކަންކޮށްފިމީހާ (އެބަހީ: އިސްވެދިޔަ ފާފައިގެތެރެއިން ކަމެއްކޮށްފި މީހާއަށް) އެކަމުގެ عذاب އާއި عقوبَة ލިބޭހުއްޓެވެ.

  69. 69

    يُضَـٰعَفْ لَهُ ٱلْعَذَابُ يَوْمَ ٱلْقِيَـٰمَةِ وَيَخْلُدْ فِيهِۦ مُهَانًا

    Yuḍaaʻaf lahul ʻAẓaabu Yawmal Q̣iyaamati wa-yakhlud feehee muhaanaa,

    އަދި قِيَامَة ދުވަހުން އެމީހަކަށް عذَاب ގިނަކުރައްވާހުއްޓެވެ. އަދި އެ عذاب ގައި إهَانَة ތެރިވެގެންވާ حَالُ އޭނާ ދެމިހުންނަހުއްޓެވެ.

  70. 70

    إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلًا صَـٰلِحًا فَأُو۟لَـٰٓئِكَ يُبَدِّلُ ٱللَّهُ سَيِّـَٔاتِهِمْ حَسَنَـٰتٍ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا

    ʹIllaa mañ taaba wa-ʹaamana wa-ʻamila ʻamalañ ṣaaliḥañ faʹulaaaʹika yubaddilul laahu sayyiʹaatihim ḥasanaat: wa-kaanal laahu G̣afoorar Raḥeemaa.

    އަދި އެމީހަކު އީމާންވެ تَوبَة ވެ އަދި صَالح عمل ކުރި ކޮންމެ މީހަކު ދަންނައެވެ. އެފަދަ މީހުންގެ ނުބައިކަންތައްތައް ހެޔޮކަންތައްތަކަށް ﷲ ބަދަލުކޮށްދެއްވާހުއްޓެވެ. އަދި ﷲ ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލަކުކަމުގައެވެ.

  71. 71

    وَمَن تَابَ وَعَمِلَ صَـٰلِحًا فَإِنَّهُۥ يَتُوبُ إِلَى ٱللَّهِ مَتَابًا

    Wa-mañ taaba wa-ʻamila ṣaaliḥañ faʹinnahoo yatoobu ʹilal laahi mataabaa.

    އަދި توبة ވެ صالح عمل ކޮށްފިމީހާ ފަހެ ހަމަކަށަވަރުން އެމީހާއީ حق توبة ވުމަކުން توبة ވެއްޖެމީހެކެވެ.

  72. 72

    وَٱلَّذِينَ لَا يَشْهَدُونَ ٱلزُّورَ وَإِذَا مَرُّوا۟ بِٱللَّغْوِ مَرُّوا۟ كِرَامًا

    Wallaẓeena laa- yashhadoonaz zoora wa-ʹiẓaa marroo billag̣wi marroo kiraamaa.

    އަދި އެމީހުން يعني: رحمن ވަންތަ ﷲ ގެ އަޅުތަކުން زُوْرُ އަކަށް حاضر ނުވާނެއެވެ. އަދި އެމީހުންނާއި لَغْوُ އަކާއި ދިމާވެއްޖެއްޔާ ރަނގަޅު މާތްގޮތަކުން އެކަމުން ދުރުވެގަނެއެވެ. (އެކަމުގެތެރެއަށް ވަދެ އެކަމާ ބައިވެރިނުވެއެވެ.) • ދަންނައެވެ. މިއާޔަތުގައި މި بَيَان ވެގެންވާ زُورُ މި لفظ އާއިމެދު ދަންނަބޭކަލުން ބަސްތަފާތެވެ. އެއީ شِرْك ކަމުގައި ބުނެވުނެވެ. ނުވަތަ ލަވަ ނުވަތަ ދޮގުބަސް - ނުވަތަ ކުޅިވަރު - ނުވަތަ ދޮގުހެކިދިނުން - އަދި މިނޫންގޮތްގޮތަށްވެސް تفسير ކުރެވިފައިވެއެވެ. އެންމެ عدل ވެރިގޮތެއްކަމަށް أَبُوجَعْفَرُرالطَّبرى ވިދާޅުވަނީ باطل ކޮންމެ ކަމެކެވެ. والله أعلم. އަދި ހަމައެފަދައިން لَغْوُ މި لفظ ގެ މާނައިގައިވެސް ތަފާތު ބަސްވެއެވެ. އެއްވެސް أصل އެއް ވަސްލެއްނެތް باطل ކޮންމެ ކަމެކެވެ. އޭގެތެރޭގައި مشرك ން އެމީހުންގެ إله ންތަކަށް މާތްކޮށްހިތުން - ލަވައަޑުއެހުން - އަދި މިނޫންވެސް މިބާވަތުގެ ކަންކަމެވެ. والله أعلم.

  73. 73

    وَٱلَّذِينَ إِذَا ذُكِّرُوا۟ بِـَٔايَـٰتِ رَبِّهِمْ لَمْ يَخِرُّوا۟ عَلَيْهَا صُمًّا وَعُمْيَانًا

    Wallaẓeena ʹiẓaa ẓukkiroo biʹAayaati Rabbihim lam yakhirroo ʻalayhaa ṣummañw waʻumyaanaa.

    އަދި އެމީހުން يعني: رحمن ވަންތަ ﷲ ގެ އަޅުތަކުން އެމީހުންގެ ربّ ގެ އާޔަތްތައް އެމީހުންނަށް ހަނދާން ކުރެވިއްޖެއްޔާ އެއާޔަތަކާމެދު އެމީހުން ބީރުކަންފަތަކުން ނުއަހައެވެ. އަދި ކަނު ލޮލަކުން ނުބަލައެވެ. އެބަހީ: ކާފަރުންފަދައިން އަޑުނުއަހައި އަދި އެޔާމެދު ނުވިސްނާ ނުތިބެއެވެ. އަދި ކިއެއްހެއްޔެވެ؟ އެއާޔަތްތަކަށް އެމީހުން ވިސްނާ ފިކުރު ކުރެއެވެ. ކަނުލައި އަހައެވެ.

  74. 74

    وَٱلَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَٰجِنَا وَذُرِّيَّـٰتِنَا قُرَّةَ أَعْيُنٍ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًا

    Wallaẓeena yaq̣ooloona Rabbanaa hab lanaa min ʹazwaajinaa wa-ẓurriyaatinaa q̣urrata ʹaʻyuniñw waj-ʻalnaa lil-Muttaq̣eena ʹImaamaa.

    އަދި އެމީހުންނަކީ (އެމީހުންގެ ربّ އަށް) ދަންނަވާ دعاء ކުރާމީހުންނެވެ. އެމީހުން ދަންނަވައެވެ. އޭ އަޅަމެންގެ ربّ އެވެ. އަޅަމެންގެ އަނބީންގެ ކިބައިންނާއި އަޅަމެންގެ ދަރިންގެފަރާތުން އަޅަމެންގެ ލޮލަށް ފިނިކަން އަޅަމެންނަށް ދެއްވާނދޭވެ! އެބަހީ: އެމީހުންނަކީ ބަސްއަހާ ހެޔޮ تقوى ވެރި ބަޔަކުކަމުގައި ލައްވާނދޭވެ! އަދި تقوى ވެރިންނަށްވާ إمام ންކަމުގައި އަޅަމެން ލައްވާނދޭވެ!

  75. 75

    أُو۟لَـٰٓئِكَ يُجْزَوْنَ ٱلْغُرْفَةَ بِمَا صَبَرُوا۟ وَيُلَقَّوْنَ فِيهَا تَحِيَّةً وَسَلَـٰمًا

    ʹUlaaaʹika yujzawnal g̣urfata bimaa ṣabaroo wa-yulaq̣q̣awna feehaa taḥiyyatañw wasalaamaa,

    އެމީހުން يعني: އިސްވެދިޔަ ސިފަތައްހުރި رحمن ވަންތަ ﷲ ގެ އަޅުތަކުން (ދަންނައެވެ.) އެމީހުން (ދުނިޔޭގައި އުޅުނުއިރު) ކެތްތެރިވުމުގެސަބަބުން އެމީހުންނަށް ސުވަރުގޭގެ މަތިވެރި ثواب އާއި މާތް ދަރުމަތައް ލިބެވޭހުއްޓެވެ. އަދި އެސުވަރުގޭގައި އެމީހުން ތިބޭއިރު تَحِيَّة އާއި سَلام އެމީހުންނަށް ލިބެވޭހުއްޓެވެ. އެއީ ﷲ ގެ حضرة ންވާ تَحِيَّة އާއި ملائكة ބޭކަލުންގެ سلام އެވެ. ނުވަތަ މިދެއެއްޗަކީވެސް ﷲ ގެ حضرة ންވާ ސަލާމެވެ. والله أعلم.

  76. 76

    خَـٰلِدِينَ فِيهَا ۚ حَسُنَتْ مُسْتَقَرًّا وَمُقَامًا

    Khaalideena feehaa; ḥasunat mustaq̣arrañw wamuq̣aamaa!

    އެއީ އެމީހުން އެސުވަރުގޭގައި ދެމިތިބޭ حال ގައެވެ. އަދި قَرَارُ ވެ ހަމަޖެހިގެންތިބުމުގެ ގޮތުންނާއި އަރާމުކުރަން ތިބުމުގެގޮތުން އެތަން މާތްވެގެންވެއެވެ. ރަނގަޅުވެގެންވެއެވެ.

  77. 77

    قُلْ مَا يَعْبَؤُا۟ بِكُمْ رَبِّى لَوْلَا دُعَآؤُكُمْ ۖ فَقَدْ كَذَّبْتُمْ فَسَوْفَ يَكُونُ لِزَامًۢا

    Q̣ul maa- yaʻbaʹu bikum Rabbee Law-laa duʻaaaʹukum: faq̣ad kaẓẓabtum fasawfa yakoonu lizaamaa!

    (އޭ رسول ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. (އޭ މީސްތަކުންނޭވެ.) ކަލޭމެންގެ ربّ އަށް ކަލޭމެން دعاء ނުކުރާނަމަ، އެކަލާނގެއަށް ކަލޭމެން އަޅުކަން ނުކުރާނަމަ ކަލޭމެންނާއިމެދު ތިމަންކަލޭގެފާނުންގެ ربّ އެއްވެސް ފަރުވާލެއް ނުބަހައްޓަވާނެއެވެ. ނުވަތަ ކަލޭމެންނާމެދު ދެން އެކަލާނގެ ބަހައްޓަވާނީ ކޮންފަރުވާލެއްހެއްޔެވެ؟ އަދި އޭކާފަރުންނޭވެ! ހަމަކަށަވަރުން ކަލޭމެން (އެކަލާނގެއަށް އަޅުކަން ނުކޮށް) ދޮގުހަދައިފީމުއެވެ. އަދި ނިކަންހުރެ ކަލޭމެނަށް عذاب ލާޒިމުވުމުގެ ސަބަބެއްކަމުގައި އެކަން ވެދާނެއެވެ. އެދޮގުހެދުން ވެދާނެއެވެ. والله أعلم.