Back to Quran

ސޫރަތްތައް 27

An-Naml

The Ant · Makki · 93 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    طسٓ ۚ تِلْكَ ءَايَـٰتُ ٱلْقُرْءَانِ وَكِتَابٍ مُّبِينٍ

    Ṭaa-Seeen. Tilka ʹAayaatul Q̣ur-ʹaani wa-kitaabim mubeen;

    طس މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. إبن عبّاس ގެ އަރިހުން ރިވާވެގެންވާގޮތުގައި އެއީ ހުވައެކެވެ. والله أعلم. ހަމަކަށަވަރުން މިއީ قرآن ގެ އާޔަތްތަކެވެ. އަދި بيان ވެގެންވާ ފޮތުގެ އާޔަތްތަކެވެ.

  2. 2

    هُدًى وَبُشْرَىٰ لِلْمُؤْمِنِينَ

    Hudañw Wa-Bushraa lil-Muʹmineen,

    އެއީ مؤمن ންނަށްވާ ތެދުމަގަކާއި އަދި بَشَارة ބަހެކެވެ. އުފާވެރި خبر ތަކެކެވެ.

  3. 3

    ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ يُوقِنُونَ

    ʹAllaẓeena yuq̣eemoonaṣ Ṣalaata wa-yuʹtoonaz Zakaata wa-hum̃ bil-ʹAakhirati hum yooq̣inoon.

    މިބުނާ مؤمن ންނަކީ އެމީހުން ނަމާދު قائم ކުރާ އަދި ޒަކާތްދޭމީހުންނެވެ. އަދި ކަނޑައެޅިގެން آخرة އަންނާނެކަމަށް އެމީހުން يقين ކުރާ މީހުންނެވެ.

  4. 4

    إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ زَيَّنَّا لَهُمْ أَعْمَـٰلَهُمْ فَهُمْ يَعْمَهُونَ

    ʹInnal laẓeena laa- yuʹminoona bil-ʹAakhirati Zayyannaa lahum ʹaʻmaalahum fahum yaʻmahoon.

    އަދި ހަމަކަށަވަރުން آخرة ދުވަހަށް إيمان ނުވާމީހުން އެދުވަސް ތެދުނުކުރާ މީހުން ދަންނައެވެ. ތިމަންރަސްކަލާނގެ އެމީހުންގެ (އެނުބައި) عمل ތައް އެމީހުންނަށް ޒީނަތްތެރިކޮށްދިނީމެވެ. ފަހެ އެމީހުން އެކަމުގައި ދެފުށުއެޅިއެޅި ތިބެއެވެ. އަނދިރިވެގެންވެއެވެ. ހިތް އަނދިރިވެގެންވެއެވެ.

  5. 5

    أُو۟لَـٰٓئِكَ ٱلَّذِينَ لَهُمْ سُوٓءُ ٱلْعَذَابِ وَهُمْ فِى ٱلْـَٔاخِرَةِ هُمُ ٱلْأَخْسَرُونَ

    ʹUlaaaʹikal laẓeena lahum soooʹul ʻaẓaabi wa-hum fil ʹAakhirati humul ʹakhsaroon.

    އެމީހުން ދަންނައެވެ. އެމީހުންނަށް ހުރީ ހަމަ ނުބައި عذاب އެވެ. އަދި ކަނޑައެޅިގެން އެމީހުންނަކީ آخرة ގައި އެންމެބޮޑަށް ގެއްލި ހަލާކުވެގެންވާ މީހުންނެވެ.

  6. 6

    وَإِنَّكَ لَتُلَقَّى ٱلْقُرْءَانَ مِن لَّدُنْ حَكِيمٍ عَلِيمٍ

    Wa-ʹinnaka latulaq̣q̣al Q̣ur-ʹaana mil ladun Ḥakeemin ʻAleem.

    (އޭ رسول ﷲ އެވެ.) ހަމަކަށަވަރުން ކަލޭގެފާނު قرآن ލިބިވަޑައިގަންނަވަނީ، އެބަހީ: قرآن ދަސްފުޅުކުރައްވައި އުނގެނިވަޑައިގަންނަވަނީ حكمة ވަންތަ އަދި ދެނެވޮޑިގެންވާ ކަލެއްގެ حضرة ންނެވެ. (އެއީ މާތް ﷲ އެވެ. عالم ތަކުގެ ވެރި ربّ އެވެ.)

  7. 7

    إِذْ قَالَ مُوسَىٰ لِأَهْلِهِۦٓ إِنِّىٓ ءَانَسْتُ نَارًا سَـَٔاتِيكُم مِّنْهَا بِخَبَرٍ أَوْ ءَاتِيكُم بِشِهَابٍ قَبَسٍ لَّعَلَّكُمْ تَصْطَلُونَ

    ʹIẓ q̣aala Moosaa liʹahliheee ʹinneee ʹaanastu naaraa; saʹaateekum minhaa bikhabarin ʹaw ʹaateekum̃ bishihaabiñ q̣abasil laʻallakum taṣṭaloon.

    موسى عليه السّلام އެކަލޭގެފާނުންގެ أهل ވެރިންނަށް ވިދާޅުވިހިނދު ހަނދުމަފުޅުކުރައްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންނަށް އަލިފާނެއް ފެނެއެވެ. އެތަނުން خبر އެއް ނުވަތަ އަލިފާންކޮޅެއް ހިފައިގެން ކަލޭމެންގެގާތަށް އަހުރެން އަންނާނަމެވެ. (ކަލޭމެން މިތާ ތިބޭށެވެ.) އެއީ ކަލޭމެން ހީފިލުވާލުމުގެ أمّيد ގައެވެ. • ދަންނައެވެ. މިއިޝާރަތްވަނީ ސަލާމްލެއްވި موسى ގެފާނު އެކަލޭގެފާނުން أهل ވެރިންނާއިގެން مَدْيَنُ ދޫކުރައްވައި مصر އަށް ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅަށެވެ. އެއީ ފިނިބާރު ރެއެކެވެ. ހީފިލުމަށް އަލިފާންކޮޅަކަށް ބޭނުންވެވަޑައިގެންފައިވެއެވެ.

  8. 8

    فَلَمَّا جَآءَهَا نُودِىَ أَنۢ بُورِكَ مَن فِى ٱلنَّارِ وَمَنْ حَوْلَهَا وَسُبْحَـٰنَ ٱللَّهِ رَبِّ ٱلْعَـٰلَمِينَ

    Falammaa jaaaʹahaa noodiya ʹam boorika mañ fin Naari wa-man ḥawlahaa: wa-Subḥaanal laahi Rabbil ʻAalameen.

    ދެންފަހެ އެކަލޭގެފާނު އެއަލިފާނާއި ހަމައަށް (ނުވަތަ އެއަލިކަމާއި ހަމައަށް) ވަޑައިގެންނެވުމުން އެކަލޭގެފާނަށް ނިދާ އިއްވެވުނެވެ. (ގޮވައިލެއްވެވުނެވެ.) ހަމަކަށަވަރުން އަލިފާނުގައި - ނުވަތަ އަލިކަމުގައިވާ ކަލާނގެ بَركاة ވަންތަވެވޮޑިގެންވެއެވެ. އަދި އެއަލިކަމުގެ ވަށައިގެންވާ ބަޔަކުވެސް بركاة ވެގެންވެއެވެ. (އެއީ ملائكة ބޭކަލުންނާއި موسى ގެފާނެވެ.) އަދި ﷲ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. - އެއީ عَالم ތަކުގެ ވެރި ربّ އެވެ.

  9. 9

    يَـٰمُوسَىٰٓ إِنَّهُۥٓ أَنَا ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ

    Yaa-Moosaaa ʹinnahooo ʹAnal laahul ʻAzeezul Ḥakeem!

    އޭ موسى އެވެ. ހަމަކަށަވަރުން މި نور އަކީ މިއަލިކަމަކީ (ނުވަތަ މި އަލިފާނަކީ) ތިމަން ﷲ އެވެ. އެއީ عزّة ވަންތަ އަދި حكمة ވަންތަ ކަލާނގެއެވެ. • ދަންނައެވެ. މިދެއާޔަތުގެ تفسير ގައި ދަންނަބޭކަލުން ތަފާތު ގޮތްގޮތަށް ވިދާޅުވެފައިވެއެވެ. މިތާ މިވަނީ އޭގެތެރެއިން އެއްގޮތެވެ. والله أعلم بالصّواب

  10. 10

    وَأَلْقِ عَصَاكَ ۚ فَلَمَّا رَءَاهَا تَهْتَزُّ كَأَنَّهَا جَآنٌّ وَلَّىٰ مُدْبِرًا وَلَمْ يُعَقِّبْ ۚ يَـٰمُوسَىٰ لَا تَخَفْ إِنِّى لَا يَخَافُ لَدَىَّ ٱلْمُرْسَلُونَ

    Wa-ʹalq̣i ʻaṣaak! falammaa raʹaahaa tahtazzu kaʹannahaa jaaannuñw wallaa mudbirañw walam yuʻaq̣q̣ib yaa-Moosaa laa- takhaf: ʹinnee laa- yakhaafu ladayyal mursaloon,

    (އޭ موسى އެވެ!) ކަލޭގެފާނުންގެ އަސާކޮޅު އެއްލަވާށެވެ! (ދެން އެކަލޭގެފާނު އެއަސާކޮޅު އެއްލެވުމުން އެއަސާކޮޅު ހަރުފަޔަކަށްވެގެން حركاة ތެރިވާން ފަށައިފިއެވެ.) ފަހެ އެއެތިކޮންފަދަހެއްޔެވެ؟ އެއެތި جَانُّ އެއްފަދައެވެ. އެއީ ހަރުފައިގެ ވައްތަރެކެވެ. އަދި موسى عليه السّلام ފުރަގަސްދެއްވާ އެއާ ދުރަށް ވަޑައިގެންފިއެވެ. އަދި ހުންނެވިތަނަށް ވަޑައިނުގެންނެވިއެވެ. (ﷲ وحي ކުރެއްވިއެވެ.) އޭ موسى އެވެ. ކަލޭގެފާނު ބިރުފުޅުގެންވަޑައި ނުގަންނަވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ حضرة ގައި رسول ބޭކަލުން ބިރުފުޅުގެންވަޑައި ނުގަންނަވާނެއެވެ.

  11. 11

    إِلَّا مَن ظَلَمَ ثُمَّ بَدَّلَ حُسْنًۢا بَعْدَ سُوٓءٍ فَإِنِّى غَفُورٌ رَّحِيمٌ

    ʹIllaa mañ z̤̣alama s̤umma baddala ḥusnam baʻda soooʹiñ faʹinnee G̣afoorur Raḥeem.

    އަނިޔާވެރިވެއްޖެމީހަކު މެނުވީއެވެ. (އެބަހީ: އަނިޔާވެރިންނަށް ބިރުވެރިކަންވެއެވެ. ދެންވެސް އެމީހަކު އެކުރި ނުބައިކަމަށްފަހު އެކަން ހެޔޮކަމަށް ބަދަލުކޮށްފިއްޔާ (އެބަހީ: توبة ވެގެން ހެޔޮ عمل ކޮށްފިއްޔާ) ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. (މީގެ މުރާދަކީ އެމީހަކަށް ފާފަފުއްސަވާ رحمة ލައްވާހުށީމެވެ.)

  12. 12

    وَأَدْخِلْ يَدَكَ فِى جَيْبِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍ ۖ فِى تِسْعِ ءَايَـٰتٍ إِلَىٰ فِرْعَوْنَ وَقَوْمِهِۦٓ ۚ إِنَّهُمْ كَانُوا۟ قَوْمًا فَـٰسِقِينَ

    Wa-ʹadkhil yadaka fee jaybika takhruj bayḍaaaʹa min g̣ayri soooʹ: fee tisʻi ʹAayaatin ʹilaa Firʻawna wa-q̣awmih: ʹinnahum kaanoo q̣awmañ faasiq̣een.

    އަދި ކަލޭގެފާނުންގެ އަތްޕުޅު ކަލޭގެފާނުންގެ ޖީބަށް (ކަރުވަޅުތެރެއަށް) ވައްދަވާށެވެ. ދެން އެއަތްޕުޅު ނެރުއްވާއިރު އެއަތްޕުޅު ނިކުންނާނީ ހުދުކޮންނެވެ. އަލިކޮންނެވެ. އެއީ އެއްވެސް ބައްޔެއް އަދި އެއްވެސް ނުބައެއްގެ ސަބަބަކުން ނޫނެވެ. އެއީ فرعون އާއި އަދި އޭނާގެ قوم އަށް (رسول ކަމާއިގެން ކަލޭގެފާނު ފޮނުއްވޭއިރު) ދެއްވޭ ނުވަ مُعْجِزَة ގެތެރެއިންވާ އެއްކަމެވެ. ހަމަކަށަވަރުން އެމީހުންވީ (فرعون އާއި އަދި އޭނާގެ قومގެމީހުންވީ) فَاسِقُ ބަޔަކު ކަމުގައެވެ. (ﷲ ގެ ކިޔަމަނުން ނުކުމެގެންވާ ބަޔަކުކަމުގައެވެ.)

  13. 13

    فَلَمَّا جَآءَتْهُمْ ءَايَـٰتُنَا مُبْصِرَةً قَالُوا۟ هَـٰذَا سِحْرٌ مُّبِينٌ

    Falammaa jaaaʹathum ʹAayaatunaa mubṣiratañ q̣aaloo haaẓaa siḥrum mubeen!

    ދެން އެމީހުންގެގާތަށް ތިމަންރަސްކަލާނގެ (قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ އަދި موسى عليه السّلام ގެ رسول ކަން ތެދުކަމުގެ މައްޗަށް دليل ކުރާ) دليل ތަކާއި حُجَّة ތައް (معجزة ތައް،) ފައުޅުވެ بَيان ވެގެން އައިހިނދުން އެމީހުން ބުނީ އެއީ ބަޔާންވެގެންވާ سِحر އެއްކަމަށެވެ.

  14. 14

    وَجَحَدُوا۟ بِهَا وَٱسْتَيْقَنَتْهَآ أَنفُسُهُمْ ظُلْمًا وَعُلُوًّا ۚ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُفْسِدِينَ

    Wa-jaḥadoo bihaa wastayq̣anathaaa ʹañfusuhum z̤̣ulmañw waʻuluwwaa; fañz̤̣ur kayfa kaana ʻaaq̣ibatul mufsideen!

    އަދި އެއީ ހަމަ (ﷲ ގެ حضرة ންވާ حقّ ކަން) އެމީހުންނަށް يقين ވިއެވެ. އެކަމަކު އެމީހުންގެ އަނިޔާވެރިކަމާއި ބޮޑާކަމުގެ ސަބަބުން އެމީހުން އެތަކެތި ދޮގުކޮށް إنكار ކޮށްހެދީއެވެ. ދެކޮޅުހެދީއެވެ. އަދި ފަސާދަކުރާމީހުންގެ ނިމުމާއި ފަހުކޮޅުވެގެންދިޔައީ ކޮންފަދައަކުން ހެއްޔެވެ؟ އެއީ ހަލާކާއި ގެއްލުމެވެ.

  15. 15

    وَلَقَدْ ءَاتَيْنَا دَاوُۥدَ وَسُلَيْمَـٰنَ عِلْمًا ۖ وَقَالَا ٱلْحَمْدُ لِلَّهِ ٱلَّذِى فَضَّلَنَا عَلَىٰ كَثِيرٍ مِّنْ عِبَادِهِ ٱلْمُؤْمِنِينَ

    Wa-laq̣ad ʹaataynaa Daawooda wa-Sulaymaana ʻilmaa: Wa-q̣aalal Ḥamdu lil-laahil laẓee faḍḍalnaa ʻalaa kas̤eerim min ʻibaadihil Muʹmineen!

    އަދި ހަމަކަށަވަރުން سلام ލެއްވި داود ގެފާނަށާއި سلام ލެއްވި سليمان ގެފާނަށް ތިމަންރަސްކަލާނގެ علم ދެއްވީމެވެ. (އެއީ ދޫނިސޫފާސޫތްޕާއި وحشى ޖަނަވާރާ ޖިންނި شيطان ގެ ބަސްމޮށުންތެރިކަން ދެނެވަޑައިގަތުމާއި އަދިވެސް އެތައްކަމެއްގެ علم އެކެވެ.) އަދި އެދެބޭކަލުން ވިދާޅުވިއެވެ. އެންމެހައި حمد އާއި تعريف އެއް حقّ ވެގެންވަނީ ހަމަ ﷲ އަށެވެ. އެކަލާނގެއީ އެކަލާނގެ مؤمن އަޅުތަކުންކުރެ އެތައްބައެއްގެ މައްޗަށް ތިމަންބޭކަލުން މާތްކުރެއްވި ކަލާނގެއެވެ.

  16. 16

    وَوَرِثَ سُلَيْمَـٰنُ دَاوُۥدَ ۖ وَقَالَ يَـٰٓأَيُّهَا ٱلنَّاسُ عُلِّمْنَا مَنطِقَ ٱلطَّيْرِ وَأُوتِينَا مِن كُلِّ شَىْءٍ ۖ إِنَّ هَـٰذَا لَهُوَ ٱلْفَضْلُ ٱلْمُبِينُ

    Wa-waris̤a Sulaymaanu Daawooda wa-q̣aala yaaaʹayyuhan naasu ʻullimnaa Mañṭiq̣aṭ Ṭayri wa-ʹooteenaa miñ kulli shayʹ: ʹinna haaẓaa lahuwal Faḍlul mubeen.

    އަދި سليمان ގެފާނު داود ގެފާނުންގެ ވާރުތަކުރެއްވިއެވެ. އަދި سليمان ގެފާނު ވިދާޅުވިއެވެ. އޭ މީސްތަކުންނޭވެ. ތިމަންބޭކަލުންނަށް ދޫނިސޫފާސޫފީގެ ބަސްމޮށުންތެރިކަން އުގަންނަވައި ދެވިއްޖެއެވެ. (އަދި ހެޔޮކަންތަކުގެ ތެރެއިން) ހުރިހާކަމެއް ތިމަންބޭކަލުންނަށް ދެއްވިއްޖެއެވެ. ﷲ ދެއްވައިފިއެވެ. ހަމަކަށަވަރުން މިދެއްވުންތަކަކީ ބޮޑުވެގެންވާ فضل ވަންތަކަމެއްކަން يقين އެވެ. (އެކަންކަމުގެތެރޭގައި نبي ކަމާއި رسول ކަމާއި ވެރިކަން ވެއެވެ.)

  17. 17

    وَحُشِرَ لِسُلَيْمَـٰنَ جُنُودُهُۥ مِنَ ٱلْجِنِّ وَٱلْإِنسِ وَٱلطَّيْرِ فَهُمْ يُوزَعُونَ

    Wa-ḥushira li-Sulaymaana junooduhoo minal jinni wal-ʹiñsi waṭṭayri fahum yoozaʹoon;

    އަދި جِنّ އިންނާއި އިންސާނުންނާއި އަދި ދޫނިސޫފާސޫފީން އެކުލެވިފައިވާ سليمان عليه السّلام ގެ لشكر އެއްކުރެވުނެވެ. އެކަލޭގެފާނު އެ لشكر އެއްކުރައްވައި جمع ކުރެއްވިއެވެ. އަދި އެ لشكر ގެ އެންމެ ކުރީގައިވާ ބަޔާއި އެންމެ ފަހުގައިވާ ބައިވަނީ ގުޅިލާމެހިފައެވެ.

  18. 18

    حَتَّىٰٓ إِذَآ أَتَوْا۟ عَلَىٰ وَادِ ٱلنَّمْلِ قَالَتْ نَمْلَةٌ يَـٰٓأَيُّهَا ٱلنَّمْلُ ٱدْخُلُوا۟ مَسَـٰكِنَكُمْ لَا يَحْطِمَنَّكُمْ سُلَيْمَـٰنُ وَجُنُودُهُۥ وَهُمْ لَا يَشْعُرُونَ

    Ḥattaaa ʹiẓaaa ʹataw ʻalaa Waadin namli q̣aalat namlatuñy yaaaʹayyuhan namlud khuloo masaakinakum, laa- yaḥṭimannakum Sulaymaanu wa-junooduhoo wahum laa- yashʻuroon.

    (ދެންފަހެ سليمان عليه السّلام އެބޮޑު لشكر އާއިގެން ދަތުރުކުރެއްވިއެވެ.) އަދި وَادِىْ النَّمْل (ހިނީގެވާދީ) އެވެ ކިޔޭ ހިސާބަށް ވަޑައިގެންނެވުމުން އެތަނުން ހިންޏެއް (އެހެން ހިނިތަކަށް) ބުންޏެވެ. ކަލޭމެން ކަލޭމެން އުޅޭ ތަންތަނަށް ވަންނާށެވެ. އަދި سليمان ގެފާނާއި އެކަލޭގެފާނުންގެ لشكر އެބޭކަލުންނަށް إحساس ވެސްނުވެތިބެ އެބޭކަލުންގެ (ފައިތަކުން) ކަލޭމެން ފިތި ޗިސްވިޔަނުދޭށެވެ.

  19. 19

    فَتَبَسَّمَ ضَاحِكًا مِّن قَوْلِهَا وَقَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَـٰلِحًا تَرْضَىٰهُ وَأَدْخِلْنِى بِرَحْمَتِكَ فِى عِبَادِكَ ٱلصَّـٰلِحِينَ

    Fatabassama ḍaaḥikam miñ q̣awlihaa wa-q̣aala Rabbi ʹawziʻneee ʹan ʹashkura niʻmatakal lateee ʹanʻamta ʻalayya wa-ʻalaa waalidayya wa-ʹan ʹaʻmala ṣaaliḥañ tarḍaahu wa-ʹadkhilnee bi-Raḥmatika fee ʻibaadikaṣ ṣaaliḥeen.

    ފަހެ އެކަލޭގެފާނު يعني: سليمان އެހިނި އެބުނިއެއްޗެއް އައްސަވާފައި ހިނިވަރުނަ ކުރައްވައި ހިނިފުޅު ވަޑުވައިފިއެވެ. އަދި ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. އިބަރަސްކަލާނގެ މިއަޅާއަށާއި އަދި މިއަޅާގެ ބަފައިކަލުންގެމައްޗަށް ލެއްވި رحمة އާއި نعمة އަށް شكر ކުރާނެގޮތް މިއަޅާއަށް إلْهَام ކޮށްދެއްވާނދޭވެ! އަދި އިބަރަސްކަލާނގެ ރުހިވޮޑިގަންނަވާފަދަ صالح عمل ކުރެވޭނެގޮތްވެސް މިއަޅާއަށް إلْهَام ކޮށްދެއްވާނދޭވެ! އަދި އިބަރަސްކަލާނގެ صالح އަޅުންގެތެރެއަށް މިއަޅާ ލައްވާނދޭވެ!

  20. 20

    وَتَفَقَّدَ ٱلطَّيْرَ فَقَالَ مَا لِىَ لَآ أَرَى ٱلْهُدْهُدَ أَمْ كَانَ مِنَ ٱلْغَآئِبِينَ

    Wa-tafaq̣q̣adaṭ Ṭayra faq̣aala maa- liya laaa ʹar al-Hudhuda ʹam kaana minal g̣aaaʹibeen?

    އަދި سليمان عليه السّلام އެކަލޭގެފާނުންގެ لشكر ގެ ހުރިހާ ދޫނިހޯއްދަވާ ޗެކްކުރެއްވިއެވެ. އަދި ދެން ވިދާޅުވިއެވެ. هُدْ هُدْ ދޫނި (ހުޅިގަނޑުދޫނި) އަހުރެންނަށް ނުފެންނާންވީ ކީއްވެގެންހެއްޔެވެ؟ އެދޫނި غائب ވީ މީހުންގެތެރޭގައިވީބާވައެވެ؟

  21. 21

    لَأُعَذِّبَنَّهُۥ عَذَابًا شَدِيدًا أَوْ لَأَا۟ذْبَحَنَّهُۥٓ أَوْ لَيَأْتِيَنِّى بِسُلْطَـٰنٍ مُّبِينٍ

    Laʹuʻaẓẓibannahoo ʻaẓaabañ shadeedan ʹaw laʹaẓbaḥannahooo ʹaw layaʹtiyannee bisulṭaanim mubeen.

    އެދޫނި بَيَان ވެ ފައުޅުވެގެންވާ عُذر އަކާއިގެން ނުވަތަ حجّة އަކާއިގެން އަހުރެންގާތަށް ނައީވިއްޔާ ހަމަކަށަވަރުން އަހުރެން އެދޫންޏަށް ގަދަވެގެންވާ عذاب ދައްކާހުށީމެވެ. ނުވަތަ ހަމަކަށަވަރުން އަހުރެން އޭތި ކަތިލާހުށީމެވެ! • ދޫންޏަށްދެއްވާ އަދަބަކީ عقوبة އަކީ ފަތްތައް ލުއްސާފައި އަވީގައި ބޭއްވުންކަމުގައިވެއެވެ. سليمان عليه السّلام އެދޫނި ހޯއްދަވަން ޖެހުނު ސަބަބަކާއިމެދު تفسير علم ވެރިންގެ މެދުގައިވާ އެންމެ ހަރުބަހަކީ އެކަލޭގެފާނުންގެ އެބޮޑު لشكر ން ފެންހުސްވެގެން ފެންވީ ހިސާބެއް ބެއްލެވުމަށްޓަކައި هُدْ هُدْ ހޯއްދެވީއެވެ. އެސޮރަކީ މާކުރިން އުދުހިގޮސް ފެންހުރި ހިސާބެއް ހޯއްދަވައި އެކަމުގެ معلومات ދޭ އެއްޗެއްކަމުގައިވިއެވެ. والله أعلم.

  22. 22

    فَمَكَثَ غَيْرَ بَعِيدٍ فَقَالَ أَحَطتُ بِمَا لَمْ تُحِطْ بِهِۦ وَجِئْتُكَ مِن سَبَإٍۭ بِنَبَإٍ يَقِينٍ

    Famakas̤a g̣ayra baʻeediñ faq̣aala ʹaḥatu bimaa lam tuḥiṭ bihee wa-jiʹtuka miñ Sabaʹim binabaʹiñy yaq̣een.

    ދެން سليمان عليه السّلام އެދޫނީގެ ވާހަކަދެއްކެވުމަށްފަހު ކުޑައިރުކޮޅަކު ލަސްވެއިންނެވިއެވެ. ނުވަތަ ދޫނި ނައިސް ކުޑައިރުކޮޅަކު ލަސްވިއެވެ. މިދެގޮތަށްވެސް ترجمة ވެއެވެ. ދެން އެދޫނި އައިސް ދެންނެވީ (އޭ سليمان ގެފާނެވެ.) ކަލޭގެފާނަށް އެނގިވަޑައިގެންފައިނުވާ معلومات އެއް އަހުރެންނަށް އެނގިއްޖެއެވެ. އަހުރެން ކަލޭގެފާނުންގެ އަރިހަށް މިއައީ يَمَن ކަރައިގެ سَبَأ އިންނެވެ. އެތަނުން އެނގިކަށަވަރުވެގެންވާ يقين خبر އަކާއިގެންނެވެ.

  23. 23

    إِنِّى وَجَدتُّ ٱمْرَأَةً تَمْلِكُهُمْ وَأُوتِيَتْ مِن كُلِّ شَىْءٍ وَلَهَا عَرْشٌ عَظِيمٌ

    ʹInnee wa-jattum raʹatañ tamlikuhum wa-ʹootiyat miñ kulli shayʹiñw walahaa ʻarshun ʻaz̤̣eem.

    ހަމަކަށަވަރުން އަހުރެން ދުށީ އެމީހުންގެ ވެރިއެއްކަމުގައި އަންހެނެކެވެ. (އަދި އެއީ އެމީހުންގެ مَلِكَة އެވެ. އަދި ރަސްރަސްކަލުންނަށް ރަސްކަން ހިންގެވުމަށް ބޭނުންވާ) ހުރިހާ ބާވަތުގެ ސާމާނެއް ހުރިހާ وَسِيْلة އެއް އެކަމަނާއަށް ލިބިގެންވެއެވެ. އަދި އެކަމަނާއަށް ބޮޑުވެގެންވާ عَرش އެއްވެއެވެ. تَخْت އެއްވެއެވެ.

  24. 24

    وَجَدتُّهَا وَقَوْمَهَا يَسْجُدُونَ لِلشَّمْسِ مِن دُونِ ٱللَّهِ وَزَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ فَهُمْ لَا يَهْتَدُونَ

    Wa-jattuhaa wa-q̣awmahaa yasjudoona lishshamsi miñ doonil laahi wa-zayyana lahumush Shayṭaanu ʹaʻmaalahum faṣaddahum ʻanis Sabeeli fahum laa- yahtadoon;

    އަދި އަހުރެންދުށީ އެކަމަނާޔާ އެކަމަނާގެ قوم ގެމީހުން ﷲ ފިޔަވައި އިރަށް سَجِدَة ކުރާތީއެވެ. (އިރަށް އަޅުކަންކުރާތީއެވެ.) އަދި ސައިތާނު އެމީހުންނަށް އެމީހުންގެ އެ عمل ޒީނަތްތެރިކޮށްދީފައި ވެއެވެ. ފަހެ އެސޮރު އެމީހުން ތެދުމަގުން ހުރަސްކޮށް ދުރުކޮށްފައިވެއެވެ. އެހެންވެ އެމީހުންނަށް ތެދުމަގު ނުލިބެއެވެ.

  25. 25

    أَلَّا يَسْجُدُوا۟ لِلَّهِ ٱلَّذِى يُخْرِجُ ٱلْخَبْءَ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَيَعْلَمُ مَا تُخْفُونَ وَمَا تُعْلِنُونَ

    ʹAllaa yasjudoo lillaahil laẓee yukhrijul khabʹa fis samaawaati wal-ʹarḍi wayaʻlamu maa- tukhfoona wa-maa tuʻlinoon.

    (އެސައިތާނު އެގޮތަށް އެކަން އެކުރަނީ) އެމީހުން ﷲ އަށް سَجِدَة ނުކުރުމަށްޓަކައެވެ. (އެކަލާނގެއަށް އަޅުކަން ނުކުރުމަށްޓަކައެވެ.) އެކަލާނގެއީ އުޑުތަކާއި ބިމުގައި ފޮރުވި ވަންހަނާވެގެންވާތަކެތި ނެރުއްވާ ކަލާނގެއެވެ. އަދި ތިޔަބައިމީހުން ވަންހަނާކުރާ ތަކެއްޗާއި އަދި ފައުޅުކުރާތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. • ދަންނައެވެ. އުޑުތަކުގައި ފޮރުވި ނިވައިވެފައިވާ ތަކެއްޗަކީ ވާރޭފެނެވެ. އަދި ބިމުގައި ފޮރުވި ވަންހަނާވެގެންވާތަކެއްޗަކީ ގަސްގަހާގެއްސެވެ. والله أعلم.

  26. 26

    ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ رَبُّ ٱلْعَرْشِ ٱلْعَظِيمِ ۩

    ʹAllaahu laaa ʹilaaha ʹillaa Huwa Rabbul ʻArshil ʻAz̤̣eem!

    ﷲ އެއީ އެކަލާނގެ ފިޔަވައި (އަޅުކަންވެވުން حقّ) އެހެން އެއްވެސް إله އަކު ނުވާ ކަލާނގެއެވެ. އެއީ ބޮޑުވެގެންވާ عرش ގެވެރި ކަލާނގެއެވެ.

  27. 27

    ۞ قَالَ سَنَنظُرُ أَصَدَقْتَ أَمْ كُنتَ مِنَ ٱلْكَـٰذِبِينَ

    Q̣aala sanañz̤̣uru ʹaṣadaq̣ta ʹam kuñta minal kaaẓibeen!

    سليمان عليه السّلام ވިދާޅުވިއެވެ. (އޭ هُدْ هُدْ އެވެ.) ކަލޭ ތިޔަބުނީ ތެދެއްތޯ ނުވަތަ ކަލެއަކީ ދޮގުވެރިންގެތެރެއިންވާ މީހަކުތޯ ނިކަންހުރެ އަހުރެން ބަލާނަމެވެ.

  28. 28

    ٱذْهَب بِّكِتَـٰبِى هَـٰذَا فَأَلْقِهْ إِلَيْهِمْ ثُمَّ تَوَلَّ عَنْهُمْ فَٱنظُرْ مَاذَا يَرْجِعُونَ

    ʹIẓhab bi-Kitaabee haaẓaa faʹalq̣ih ʹilayhim s̤umma tawalla ʻanhum fañz̤̣ur maaẓaa yarjiʻoon.

    އަހުރެންގެ މިސިޓީ ހިފައިގެން ކަލޭ ދާށެވެ. އަދިގޮސް އެމީހުންގެތެރެއަށް އެސިޓީ ވައްޓައިލާށެވެ! ދެން އެމީހުންނާ ދުރަށްޖެހިލައި އިންނާށެވެ! އަދި އެކަމާމެދު (އެސިޓީގެ ކަންތަކާއިމެދު އެމީހުންގެ މެދުގައި ވާހަކަދެކެވި مشورة ކުރެވެނީ ކޮންފަދައަކުންތޯ ކަލޭ ނިކަން ބަލާށެވެ!)\n• ދަންނައެވެ. ދެން އެސޮރުގޮސް سُلَيْمَان ގެފާނު ވިދާޅުވިގޮތަށް ކަންތައްކުރިއެވެ. ދެން އެކަމަނާއާއި އެކަމަނާގެ قوم ގެ ބޮޑުންގެ މެދުގައި އެސިޓީއާއިމެދު ކުރެވުނު مشورة އާއި ދެކެވުނު ބައެއް ވާހަކަ ފަހުން މިލިޔާ އާޔަތް ތަކުގައި އެވަނީއެވެ.

  29. 29

    قَالَتْ يَـٰٓأَيُّهَا ٱلْمَلَؤُا۟ إِنِّىٓ أُلْقِىَ إِلَىَّ كِتَـٰبٌ كَرِيمٌ

    Q̣aalat yaaʹayyuhal malaʹu ʹinneee ʹulq̣iya ʹilayya kitaabuñ kareem.

    އެކަމަނާ ވިދާޅުވިއެވެ. އޭ قوم ގެ މާތްބޮޑުންނޭވެ. ހަމަކަށަވަރުން އަހުރެންނަށް މާތްވެގެންވާ ސިޓީއެއް އެއްލެވިއްޖެއެވެ. ލިބިއްޖެއެވެ.

  30. 30

    إِنَّهُۥ مِن سُلَيْمَـٰنَ وَإِنَّهُۥ بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ

    ʹInnahoo miñ Sulaymaana wa-ʹinnahoo ˹Bismil laahir Raḥmaanir Raḥeem:˺

    ހަމަކަށަވަރުން އެސިޓީ އައިސްފައިވަނީ سُليمان ގެ އަރިހުންނެވެ. އަދި އޭގައިވަނީ - " بسم ﷲ الرّحمن الرّحيم " (މީގެފަހުގައި ދެންވަނީ)

  31. 31

    أَلَّا تَعْلُوا۟ عَلَىَّ وَأْتُونِى مُسْلِمِينَ

    ʹAllaa taʻloo ʻalayya waʹ-toonee Muslimeen.

    ތިޔަބައިމީހުން ތިމަންކަލޭގެފާނުންގެމައްޗަށް ބޮޑާވެނުގަންނާށެވެ. އަދި إيمان ވެ ކިޔަމަންތެރިވެގެންވާ حال ތިމަންކަލޭގެފާނު އަރިހަށް އަންނާށެވެ." މިއެވެ. • ދަންނައެވެ. މިއަންހެނަކީ يمن ކަރައިގެ سَبَأ ގެ مَلِكَة އެވެ. އެމީހުންގެ ވެރިޔާއެވެ. އެކަމަނާގެ ނަމަކީ بَلْقِيس އެވެ. އެކަމަނާގެ ބައްޕައަކީ شُراحيل ކިޔާ މީހެއްކަމުގައިވެއެވެ. އެއީ مشهور بَلْقِيس ރަނިންނެވެ.

  32. 32

    قَالَتْ يَـٰٓأَيُّهَا ٱلْمَلَؤُا۟ أَفْتُونِى فِىٓ أَمْرِى مَا كُنتُ قَاطِعَةً أَمْرًا حَتَّىٰ تَشْهَدُونِ

    Q̣aalat yaaaʹayyuhal malaʹu aftoonee feee ʹamree: maa- kuñtu q̣aaṭiʻatan ʹamran ḥattaa tashhadoon.

    އެކަމަނާ ވިދާޅުވިއެވެ. އޭ قوم ގެ ބޮޑެތި މާތްމީހުންނޭވެ. އަހުރެންގެ މިސިޓީގެ ކަންތަކުގައި ކަލޭމެން مَشورة ކޮށް فتوى ދީބަލާށެވެ. ކަލޭމެންގެ حاضر ގައި مشورة ކޮށްފައި މެނުވީ އެއްވެސްކަމެއް އަހުރެން ނުނިންމަމެވެ. (މިކަމުގައިވެސް ކަލޭމެން ލަފާދީބަލާށެވެ.)

  33. 33

    قَالُوا۟ نَحْنُ أُو۟لُوا۟ قُوَّةٍ وَأُو۟لُوا۟ بَأْسٍ شَدِيدٍ وَٱلْأَمْرُ إِلَيْكِ فَٱنظُرِى مَاذَا تَأْمُرِينَ

    Q̣aaloo naḥnu ʹuloo q̣uwwatiñw waʹuloo baʹsiñ shadeed: wal-ʹamru ʹilayki fañz̤̣uree maaẓaa taʹmureen.

    އެމީހުން ދެންނެވިއެވެ. އަހުރެމެންނަކީ ބާރުހުރި އަދި ހަނގުރާމައިގައި ގަދަފަދަ ކެރޭ ބަޔަކީމެވެ. އެކަމަކު ކަމުގެ މުގޫ ތިޔަވަނީ ކަމަނާގެ އަތްޕުޅުގައެވެ. ހައްދަވަން ފެނިވަޑައިގަންނަވާގޮތެއް ބައްލަވާށެވެ! • ދަންނައެވެ. އެމީހުންގެ ބަހުން ސާބިތުވަނީ އެކަމަނާ ވިދާޅުވެއްޖެނަމަ ހަނގުރާމައަށް ދާން ތައްޔާރާ ތިބިކަމެވެ. އަދި އެގޮތް ބޮޑަށް އެދޭކަމެވެ. والله أعلم.

  34. 34

    قَالَتْ إِنَّ ٱلْمُلُوكَ إِذَا دَخَلُوا۟ قَرْيَةً أَفْسَدُوهَا وَجَعَلُوٓا۟ أَعِزَّةَ أَهْلِهَآ أَذِلَّةً ۖ وَكَذَٰلِكَ يَفْعَلُونَ

    Q̣aalat ʹinnal mulooka ʹiẓaa dakhaloo q̣aryatan ʹafsadoohaa wa-jaʻalooo ʹaʻizzata ʹahlihaaa ʹaẓillah: wa-kaẓaalika yafʻaloon.

    އެކަމަނާ ވިދާޅުވިއެވެ. عَامّ ރަސްރަސްކަލުންގެގޮތަކީ އެމީހުން ގަދަކަމުން ރަށަކަށް އަރައި ގަދަވެގެންފިއްޔާ އެރަށެއް ހަލާކުކޮށްލައި ފާސިދުކޮށްލުމެވެ. އަދި އެރަށެއްގައި ތިބޭ ރަނގަޅު މާތްމީހުން (عزّة ތެރިން) ދެރަނިކަމެތިންކަމުގައި ހަދައިލުމެވެ. އެމީހުން ކަންތައްކުރާނީ އެފަދައިންނެވެ.

  35. 35

    وَإِنِّى مُرْسِلَةٌ إِلَيْهِم بِهَدِيَّةٍ فَنَاظِرَةٌۢ بِمَ يَرْجِعُ ٱلْمُرْسَلُونَ

    Wa-ʹinnee mursilatun ʹilayhim bihadiyyatiñ fanaaz̤̣iratum bima yarjiʻul mursaloon.

    (އަދި އެކަމަނާ ވިދާޅުވިއެވެ.) އަހުރެން އެކަލޭގެފާނަށް ހަދިޔާއެއް ފޮނުވާނީއެވެ. ދެން ހަދިޔާ ފޮނުވީމާ ހަދިޔާ ހިފައިގެން ދިޔަމީހާ އެނބުރި رجوع ވަނީ ކިހިނެއްތޯ؟ ކޮންކަހަލަ خبر އަކާއިގެންތޯ ބަލަން ތިބޭނީއެވެ. (މި هدية އެކަލޭގެފާނު قبول ކުރައްވައިފިނަމަ އެއީ ހަމަ އާދައިގެ ރަސްކަލެކެވެ. އަދި ކަލޭމެން ހަނގުރާމައަށް ދާންވީއެވެ. هدية قبول ނުކުރައްވައިފިނަމަ އެއީ ރަސްކަލެއް ނޫނެވެ. އެއީ نَبي ބޭކަލެކެވެ. އޭރުން ދެން ޖެހޭނީ ކިޔަމަންތެރިވެގެން تَبَع ވާށެވެ.)

  36. 36

    فَلَمَّا جَآءَ سُلَيْمَـٰنَ قَالَ أَتُمِدُّونَنِ بِمَالٍ فَمَآ ءَاتَىٰنِۦَ ٱللَّهُ خَيْرٌ مِّمَّآ ءَاتَىٰكُم بَلْ أَنتُم بِهَدِيَّتِكُمْ تَفْرَحُونَ

    Falammaa jaaaʹa Sulaymaana q̣aala ʹatumiddoonani bimaal? Famaaa ʹaataaniyal laahu khayrum mimmaaa ʹaataakum! Bal ʹañtum̃ bihadiyyatikum tafraḥoon!

    ދެންފަހެ (ހަދިޔާހިފައިގެން ދިޔަމީހާ) سيلمان ގެފާނާ ހަމައަށް އައުމުން އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އަހުރެންނަށް މުދަލުގެ ގޮތުން މަދަދުކުރަނީހެއްޔެވެ؟ ފަހެ ﷲ އަހުރެންނަށް ދެއްވާފައިވާ ތަކެތި ކަލޭމެނަށް އެކަލާނގެ ދެއްވިތަކެއްޗަށްވުރެ މާހެޔޮވެގެންވެއެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެން ކަލޭމެންގެ هَدِيَة އާއިގެން އުފާކުރަނީއެވެ.

  37. 37

    ٱرْجِعْ إِلَيْهِمْ فَلَنَأْتِيَنَّهُم بِجُنُودٍ لَّا قِبَلَ لَهُم بِهَا وَلَنُخْرِجَنَّهُم مِّنْهَآ أَذِلَّةً وَهُمْ صَـٰغِرُونَ

    ʹIrjiʻ ʹilayhim falanaʹtiyannahum̃ bijunoodil laa q̣ibala lahum̃ bihaa wa-lanukhrijannahum minhaaa ʹaẓillatañw Wahum ṣaag̣iroon.

    (ތިޔަ ހަދިޔާހިފައިގެން) އެމީހުންގާތަށް އެނބުރިދާށެވެ! ފަހެ ހަމަކަށަވަރުން އެމީހުންނަށް އެއްގޮތަކަށްވެސް ހިފަހައްޓައިނުލެވޭފަދަ لشكر އަކާއިގެން އެމީހުން ކައިރިޔަށް އަހުރެންދާ ހުށީމެވެ. އަދި އެމީހުން ދެރަވެ ނިކަމެތިވެގެންވާ حال ހަމަކަށަވަރުން އެރަށުން އަހުރެން އެމީހުން ނެރެލާހުށީމެވެ.

  38. 38

    قَالَ يَـٰٓأَيُّهَا ٱلْمَلَؤُا۟ أَيُّكُمْ يَأْتِينِى بِعَرْشِهَا قَبْلَ أَن يَأْتُونِى مُسْلِمِينَ

    Q̣aala yaaaʹayyuhal malaʹu ʹayyukum yaʹteenee biʻarshihaa q̣abla ʹañy yaʹtoonee muslimeen?

    سليمان ގެފާނު އެކަލޭގެފާނުންގެ لشكر ގެ ބޮޑެތި މާތްމީހުންނަށް ވިދާޅުވިއެވެ. އެމީހުން يعني: بَلقيس އާއި އެކަމަނާގެ އަރިހުގައިވާ މީހުން إسلام ވެ ކިޔަމަންތެރިވެގެން އަހުރެންގެގާތަށް އައުމުގެ ކުރީގައި އެކަމަނާގެ عرش އަހުރެންނާއި ހަމައަށް ގެނަސްދޭނީ ކަލޭމެންގެ ތެރެއިން ކާކުހެއްޔެވެ؟

  39. 39

    قَالَ عِفْرِيتٌ مِّنَ ٱلْجِنِّ أَنَا۠ ءَاتِيكَ بِهِۦ قَبْلَ أَن تَقُومَ مِن مَّقَامِكَ ۖ وَإِنِّى عَلَيْهِ لَقَوِىٌّ أَمِينٌ

    Q̣aala ʻIfreetum minal jinni ʹana ʹaateeka bihee q̣abla ʹañ taq̣ooma mim maq̣aamik: wa-ʹinnee ʻalayhi laq̣awiyyun ʹameen.

    ޖިންނީންގެތެރެއިން އިފުރީތަކު ދެންނެވިއެވެ. ކަލޭގެފާނު ތިޔައިންނެވިތަނުން ތެދުވެވަޑައިގަތުމުގެ ކުރިން (އެބަހި: މި مجلس ނިމިގެން ތެދުވެވަޑައިގަތުމުގެކުރިން) ކަލޭގެފާނުންގެ އަރިހަށް އަހުރެން އޭތި ގެނަސްދީފާނަމެވެ. އަދި އަހުރެންނަކީ އޭގެމައްޗަށް އަމާނާތްތެރި އަދި ބާރުހުރި މީހަކީމެވެ.

  40. 40

    قَالَ ٱلَّذِى عِندَهُۥ عِلْمٌ مِّنَ ٱلْكِتَـٰبِ أَنَا۠ ءَاتِيكَ بِهِۦ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ ۚ فَلَمَّا رَءَاهُ مُسْتَقِرًّا عِندَهُۥ قَالَ هَـٰذَا مِن فَضْلِ رَبِّى لِيَبْلُوَنِىٓ ءَأَشْكُرُ أَمْ أَكْفُرُ ۖ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِۦ ۖ وَمَن كَفَرَ فَإِنَّ رَبِّى غَنِىٌّ كَرِيمٌ

    Q̣aalal laẓee ʻiñdahoo ʻilmum minal Kitaabi ʹana ʹaateeka bihee q̣abla ʹañy yartadda ʹilayka ṭarfuk! Falammaa raʹaahu mustaq̣irran ʻiñdahoo q̣aala haaẓaa miñ faḍli Rabbee liyabluwaneee ʹaʹashkuru ʹam ʹakfur! Wa-mañ shakara faʹinnamaa yashkuru linafsih; wa-mañ kafara faʹinna Rabbee G̣aniyyuñ Kareem!...

    އަދި އެމީހެއްގެ ކިބައިގައި ފޮތުގެ علم ން ބައެއްވާމީހާ ދެންނެވިއެވެ. ކަލޭގެފާނު ލޯފުޅު ހުޅުއްވާފައި ލެއްޕެވުމުގެ ކުރިން - ނުވަތަ ލޮލުކޮޅަށް ފެންނަންހުރި މީހާ އައުމުގެކުރިން - ކަލޭގެފާނުން އަރިހަށް އަހުރެން އެޔާއިގެން އައިސްދާނަމެވެ. (ދެންފަހެ އެކަލޭގެފާނަށް އެކަމުގެ ހުއްދަދެއްވުމުން އެމީހަކު ﷲ އަށް دعاء ކޮށްފާގޮސް އޭތި ގެނަސް އެކަލޭގެފާނުންގެ يعني: سليمان ގެފާނުންގެ ކުރިފުޅުމަތީގައި ބަހައްޓައިފިއެވެ.) ދެން سليمان ގެފާނު އެކަލޭގެފާނުންގެ ކުރިފުޅުމަތީގައި އެ عرش ސާބިތުވެ قائم ވެގެންވަނިކޮށް ދެކެވަޑައިގެންނެވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ އަހުރެން ހައްދަވާބޮޑުކުރެއްވި ربّ ގެ فضل ވަންތަކަމެވެ. އެކަލާނގެ އަހުރެންނަށް މިފަދަ ބޮޑު فضل ވަންތަކަމެއް އެދެއްވަނީ އެކަލާނގެ ދެއްވާ ގިނަގުނަ نعمة އަށް އަހުރެން شكر ކުރޭތޯ ނުވަތަ އެ نعمة އަށް އަހުރެން ކާފަރުވޭތޯ ބައްލަވައި إمتحان ކުރެއްވުމަށްޓަކައެވެ. އަދި شكر ކުރާމީހާ އެ شكر ކުރަނީ ހަމަ އޭނާގެ އަމިއްލަ نفس އަށެވެ. އެބަހީ: އެކަމުގެ ހެވާއި ދަރުމަ ހުރީ ހަމަ އެމީހަކަށެވެ. އަދި އެ نعمة ތަކަށް ކާފަރުވާމީހާ ދަންނައެވެ. އެކަމުގެ ގެއްލުމާއި ހަލާކު ހުންނަހުރީވެސް ހަމަ އެމީހަކަށެވެ. އެހެނީ ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ އެއީ އަމިއްލަ ذات ފުޅާއިގެން ފުދިވޮޑިގެންވާ އަދި ނުހަނު ދީލަތިވަންތަ ކަލާނގެއެވެ.

  41. 41

    قَالَ نَكِّرُوا۟ لَهَا عَرْشَهَا نَنظُرْ أَتَهْتَدِىٓ أَمْ تَكُونُ مِنَ ٱلَّذِينَ لَا يَهْتَدُونَ

    Q̣aala nakkiroo lahaa ʻarshahaa nañz̤̣ur ʹatahtadeee ʹam takoonu minal laẓeena laa- yahtadoon.

    އެކަލޭގެފާނު يعني: سليمان ގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެކަމަނާގެ عرش (تَخْتُ) އެކަމަނާއަށް ބަދަލުކޮށްލާ تَغَيَّر ކޮށްލައި ހަދާށެވެ. (އެއީ އެކަމަނާ އައިސް އެ عرش ދެކެފައި) އެއީ އެކަމަނާގެ عرش ކަން އެނގޭފަދަ ބުއްދިހުރި ހަރުދަނާމީހެއްތޯ ނުވަތަ އެކަމަނާ ވަނީ ތަންދޮރުނޭނގޭ ނުވިސްނޭ މީހުންގެތެރެއިންތޯ އަހުރެމެން ދެކޭނީއެވެ.

  42. 42

    فَلَمَّا جَآءَتْ قِيلَ أَهَـٰكَذَا عَرْشُكِ ۖ قَالَتْ كَأَنَّهُۥ هُوَ ۚ وَأُوتِينَا ٱلْعِلْمَ مِن قَبْلِهَا وَكُنَّا مُسْلِمِينَ

    Falammaa jaaaʹat q̣eela ʹahaakaẓaa ʻarshuk? Q̣aalat kaʹannahoo hoo; wa-ʹooteenal ʻilma miñ q̣ablihaa wa-kunnaa Muslimeen.

    ދެންފަހެ އެކަމަނާ (سليمان ގެފާނުންގެ އަރިހަށް) ވަޑައިގެންނެވިހިނދުން (އެކަމަނާގެ عرش އެކަމަނާއަށް ދައްކަވާފައި) އެކަމަނާއަށް ދެންނެވުނެވެ. ކަމަނާގެ عرش ވަނީ މިގޮތަށްހެއްޔެވެ؟ މިޔާއެއްފަދަހެއްޔެވެ؟ އެކަމަނާ ދެންނެވިއެވެ. ތިޔައެތި ހަމަ އޭތިކަހަލައެވެ. އަދި އެކަލޭގެފާނުންގެ نبي ކަން صحّ ކަމާއި ތެދުކަމުގެ دليل މީގެކުރީގައިވެސްވަނީ ލިބިފައެވެ. އަދި އަހުރެމެން މިވަނީ ބޯލަނބައި ކިޔަމަންތެރިވެގެންނެވެ. إسلام ވެގެންނެވެ. (މިބަސްފުޅުގެ ترجمة އަދި އެހެންގޮތްގޮތަށްވެސްވެއެވެ.)

  43. 43

    وَصَدَّهَا مَا كَانَت تَّعْبُدُ مِن دُونِ ٱللَّهِ ۖ إِنَّهَا كَانَتْ مِن قَوْمٍ كَـٰفِرِينَ

    Waṣaddahaa maa- kaanat taʻbudu miñ doonil laah: ʹinnahaa kaanat miñ q̣awmiñ kaafireen.

    حقّ މަގަށް ތެދުމަގުލިބި ހެޔޮމަގަށް رجوع ވުމުން އެކަމަނާ މަނާކޮށްހުއްޓުވާފައިވަނީ ﷲ ފިޔަވައި އެކަމަނާ އަޅުކަންކުރި ތަކެއްޗެވެ. (އެއީ އިރެވެ.) ހަމަކަށަވަރުން އެކަމަނާ (އޭގެކުރީގައިވަނީ) ކާފަރު قوم އެއްގެ ތެރެއިންނެވެ. ކާފަރެއްކަމުގައެވެ.

  44. 44

    قِيلَ لَهَا ٱدْخُلِى ٱلصَّرْحَ ۖ فَلَمَّا رَأَتْهُ حَسِبَتْهُ لُجَّةً وَكَشَفَتْ عَن سَاقَيْهَا ۚ قَالَ إِنَّهُۥ صَرْحٌ مُّمَرَّدٌ مِّن قَوَارِيرَ ۗ قَالَتْ رَبِّ إِنِّى ظَلَمْتُ نَفْسِى وَأَسْلَمْتُ مَعَ سُلَيْمَـٰنَ لِلَّهِ رَبِّ ٱلْعَـٰلَمِينَ

    Q̣eela lahad khuliṣ ṣarḥ: falammaaنَ raʹathu ḥasibathu lujjatañw wakashafat ʻañ saaq̣ayhaa. Q̣aala ʹinnahoo ṣarḥum mumarradum miñ q̣awaareer. Q̣aalat Rabbi ʹinnee z̤̣alamtu nafsee wa-ʹaslamtu maʻa Sulaymaana lillaahi Rabbil ʻAalameen.

    (ދެންފަހެ އެކަމަނާ سليمان ގެފާނުންގެ އަރިހަށް ވަޑައިގެންނެވިހިނދުން) އެކަމަނާއަށް ދެންނެވުނެވެ. ކަމަނާ ގަނޑުވަރަށް ވެދެވަޑައިގަންނަވާށެވެ. ދެން އެކަމަނާ ގަނޑުވަރަށް ވެދެވަޑައިގަތުމަށް ވަޑައިގެންނެވިހިނދުން އެކަމަނާއަށް އެގަނޑުވަރު ހީފުޅުވީ ކަނޑުކަމުގައެވެ. ފެންކަމުގައެވެ. (އަދި އެތެރެއަށް ވެދެވަޑައިގަތުމަށް ފެނަށް މީހަކު އެރޭގޮތަށް އެކަމަނާ ހެދުންކޮޅު ކޮށިކުރައްވައި ހެއްދެވުމުން އެކަމަނާގެ ދެކަށިމަތިފުޅު ކަޝްފުވިއެވެ. އެހިނދު سليمان ގެފާނު އެކަމަނާއަށް ވިދާޅުވިއެވެ. އެއީ ބިއްލޫރިން ގަދަޔަށް ހަދާފައިވާ ގަނޑުވަރެކެވެ. (ފެނެއް ނޫނެވެ. ކަނޑެއްވެސްނޫނެވެ.) އެކަމަނާ ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާ މިއަޅާގެ نفس އަށް އަނިޔާވެރިވެއްޖައީމެވެ. އަދި މިއަޅާ سليمان ގެފާނާއިއެކު عالم ތަކުގެ ވެރި ربّ ކަމުގައިވާ ﷲ އަށް إيمان ވެއްޖައީމެވެ. ބޯލަނބައި ކިޔަމަންވެއްޖައީމެވެ. • ދަންނައެވެ. ބައެއް تفسير ފޮތްތަކުގައި ލިޔެވިގެންވެއެވެ. سبأ ގެ مَلِكَة ވަޑައިގަތުމުގެ مناسبة ގައި ޖިންނި شيطان ންނާއި މާރިދުންލައްވައި سليمان ގެފާނު ރީތި ގަނޑުވަރެއް ހެއްދެވިއެވެ. އެގަނޑުވަރު ހައްދަވާފައިވަނީ ސާފު ވަރުގަދަ ބިއްލޫރިންނެވެ. ތަޅަމުގައިވެސް އަޑިއެނގޭ ގަދަ ބިއްލޫރިން ހައްދަވައި އޭގެ ދަށުގައިވަނީ ފެން ހިންގަވައި ލައްވާފައި ބަލާ މީހަކު عجائب ވާހާ ރީތިކޮށެވެ. ގަނޑުވަރުގެ خبر ނޭނގޭމީހަކުނަމަ ހީކުރެވޭނީ ގަނޑުވަރަށް ވަންނައިރު ފެންގަނޑަކަށް އެރެވޭހެނެވެ. އެހެންވެ އެކަމަނާވެސް ގަނޑުވަރަށް ވެދެވަޑައިގަތުމަށް އެންގެވީމާ ފެނަށްއެރޭމީހަކު ފަދައިން ހެދުންކޮޅު ކޮށިކުރައްވައިގެން ވެދެވަޑައިގަންނަވަން ގަސްތުކުރެއްވީއެވެ. = والله أعلم =

  45. 45

    وَلَقَدْ أَرْسَلْنَآ إِلَىٰ ثَمُودَ أَخَاهُمْ صَـٰلِحًا أَنِ ٱعْبُدُوا۟ ٱللَّهَ فَإِذَا هُمْ فَرِيقَانِ يَخْتَصِمُونَ

    Wa-laq̣ad ʹarsalnaaa ʹilaa S̤amooda ʹakhaahum Ṣaaliḥan ʹaniʻ budul laaha faʹiẓaa hum fareeq̣aani yakhtaṣimoon.

    އަދި ހަމަކަށަވަރުން ثَمُود ބާގައިގެމީހުންގެ ގާތަށް رسول ކަމާއިގެން އެމީހުންގެ أخ صالح ގެފާނު ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެއީ صَالح عليه السّلام އެވެ. އެއީ ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށޭ އެކަލޭގެފާނު ގޮވައިލެއްވުމަށްޓަކައެވެ. އެކަމަށް އަމުރުކުރެއްވުމަށެވެ. ފަހެ އެހައިރުން - އެބަހީ: އެކަލޭގެފާނު އެފަދައިން ގޮވައިލެއްވުން އެމީހުންވީ އަރައިރުންވާ ތަފާތު ދެ جماعة އަކަށެވެ. (އެއީ صَالح عليه السّلام އަށް تَبَعَ ވި مؤمن ންނާއި އެކަލޭގެފާނާއި އިދިކޮޅުވި ކާފަރުންނެވެ.)

  46. 46

    قَالَ يَـٰقَوْمِ لِمَ تَسْتَعْجِلُونَ بِٱلسَّيِّئَةِ قَبْلَ ٱلْحَسَنَةِ ۖ لَوْلَا تَسْتَغْفِرُونَ ٱللَّهَ لَعَلَّكُمْ تُرْحَمُونَ

    Q̣aala yaa-q̣awmi lima tastaʻjiloona bissayyiʹati q̣ablal ḥasanah? Law-laa tas-tag̣firoonal laaha laʻallakum turḥamoon.

    އެކަލޭގެފާނު يعني: صالح عليه السّلام ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ. ހެޔޮކަމާއި رحمة ގެ ކުރީގައި ނުބަޔާއި عذاب އައުމަށް އަވަސްވެގަންނަނީ ކީއްވެގެންހެއްޔެވެ؟ (އެބަހީ: رحمة އާއި ހެޔޮދަރުމަތައް ލިބުމުގެ ސަބަބުކަމުގައިވާ ކިޔަމަންތެރިކަމާއި إيمان ކަން ދޫކޮށް ނުބަޔާއި عذاب ލިބުމުގެ ސަބަބުކަމުގައިވާ ނުކިޔަމަންތެރިކަމާއި ކާފަރުކަމަށް އަވަސްވެގަންނަނީ ކީއްވެގެންހެއްޔެވެ؟ ކަލޭމެން ފަހެ ފާފަފުއްސެވުމަށް ﷲ ގެ حضرة ން އެދޭނޭ ނަމައެވެ. އެއީ ކަލޭމެނަށް رحمة ލައްވައިތޯއެވެ.

  47. 47

    قَالُوا۟ ٱطَّيَّرْنَا بِكَ وَبِمَن مَّعَكَ ۚ قَالَ طَـٰٓئِرُكُمْ عِندَ ٱللَّهِ ۖ بَلْ أَنتُمْ قَوْمٌ تُفْتَنُونَ

    Q̣aaluṭ ṭayyarnaa bika wa-bimam maʻak. Q̣aala ṭaaaʹirukum ʻiñdal laahi bal ʹañtum q̣awmuñ tuftanoon.

    އެމީހުން ދެންނެވިއެވެ. (އޭ صالح ގެފާނެވެ.) ކަލޭގެފާނާއި ކަލޭގެފާނާއި އެކުގައިވާ މީހުންގެ ސަބަބުން އަހުރެމެންނަށް ސުންޕާކަން ޖެހިއްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންގެ ސުންޕާކަންވަނީ ﷲ ގެ حضرة ންނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންނަކީ إمتحان ވެވޭ ބައެކެވެ. (ނުވަތަ ކަލޭމެންގެ ފާފަތަކަށް عذاب ދެއްވަނީއެވެ.)

  48. 48

    وَكَانَ فِى ٱلْمَدِينَةِ تِسْعَةُ رَهْطٍ يُفْسِدُونَ فِى ٱلْأَرْضِ وَلَا يُصْلِحُونَ

    Wa-kaana fil madeenati tisʻatu rahṭiñy yufsidoona fil ʹarḍi wa-laa yuṣliḥoon.

    އަދި އެރަށުގައި ނަގާކިޔާ މުއްސަނދި ނުވަމީހުން ވެއެވެ. އެމީހުންނަކީ ބިމުގައި ފަސާދަކުރާ މީހުންނެވެ. (އަދި އެނުވަމީހުންގެކުރެ ކޮންމެ މީހެއްގެ أمر ގެ ދަށުގައި އެތައް ބަޔަކުވެއެވެ.) އެމީހުން އެއްވެސްކަމެއް إصلاح ނުކުރެއެވެ. (އެއީ صالح ގެފާނާއި دشمن މީހުންނެވެ.)

  49. 49

    قَالُوا۟ تَقَاسَمُوا۟ بِٱللَّهِ لَنُبَيِّتَنَّهُۥ وَأَهْلَهُۥ ثُمَّ لَنَقُولَنَّ لِوَلِيِّهِۦ مَا شَهِدْنَا مَهْلِكَ أَهْلِهِۦ وَإِنَّا لَصَـٰدِقُونَ

    Q̣aaloo taq̣aasamoo billaahi lanubayyitannahoo wa-ʹahlahoo s̤umma lanaq̣oolanna liwaliyyihee maa- shahidnaa mahlika ʹahlihee wa-ʹinnaa laṣaadiq̣oon.

    އަދި އެމީހުން އެއްބަޔަކު އަނެއްބަޔަކަށް ބުންޏެވެ. އަހުރެމެން صالح ގެފާނާއި އަދި އެކަލޭގެފާނުންގެ أهل ވެރިން ރޭގަނޑުގެ ވަގުތުގައި އެމީހުންގެމައްޗަށް އަރައިގަނެ އެމީހުންގެ ދުވަސްދުއްވައިލުމަށް ހުވާކުރާށެވެ. ﷲ ގަންދީ ހުވާކުރާށެވެ. ދެން އެހެން ހަދައިފައި އެކަލޭގެފާނުންގެ ولى ވެރިޔާއަށް އަހަރެމެން ބުނާނީ އެއްގޮތަކަށްވެސް އެކަލޭގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން މަރާ ހަލާކުކުރިތާކު އަހުރެމެން ނެތީމުއެވެ. ހަމަކަށަވަރުން އަހުރެމެންނަކީ ތެދުވެރިންނެވެ. އެއްގޮތަކަށްވެސް އެއީ ކާކުކުރިކަމެއްކަމެއް ނޭނގެއެވެ.

  50. 50

    وَمَكَرُوا۟ مَكْرًا وَمَكَرْنَا مَكْرًا وَهُمْ لَا يَشْعُرُونَ

    Wa-makaroo makrañw wamakarnaa makrañw wahum laa- yashʻuroon.

    (ﷲ وحي ކުރެއްވިއެވެ.) އެމީހުން މަކަރެއް ހަދައި ނުބައި ރޭވުންރޭވީއެވެ. އަދި ތިމަންރަސްކަލާނގެވެސް މަކަރެއްހަދައި ރޭވުމެއް ރޭވީމެވެ. އެކަން އެމީހުންނަށް އެއްގޮތަކަށްވެސް إحساس އެއް ނުވެއެވެ.

  51. 51

    فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ مَكْرِهِمْ أَنَّا دَمَّرْنَـٰهُمْ وَقَوْمَهُمْ أَجْمَعِينَ

    Fañz̤̣ur kayfa kaana ʻaaq̣ibatu makrihim ʹannaa dammarnaahum wa-q̣awmahum ʹajmaʻeen.

    ދެން ނިކަން އެމީހުން އެހެދި މަކަރާއި ރޭވުމުގެ ފަހުކޮޅު ނިކަން ދެކިބަލާށެވެ. ހަމަކަށަވަރުން އެމީހުންނާއި އެމީހުންގެ މުޅި قوم އެކީއެކަށް ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީމެވެ. • ދަންނައެވެ. أبوجعفر الطبري ގެ تفسير ގައި މިއާޔަތުގެ ދަށުގައި ލިއުއްވާފައިވެއެވެ. އެމީހުން صالح ގެފާނު މަރައިލަން ހެދި މަކަރަކީ: صالح ގެފާނަށް އެރަށުގައި (حِجْرُ ގައި) މިސްކިތެއް ވެއެވެ. އެއީ އެކަލޭގެފާނު ނަމާދުފުޅުކުރައްވާތަނެވެ. ދެންފަހެ މިބައިމީހުން ނުކުމެގެންގޮސް އެތާ ގާތުގައިވާ ހޮހޮޅަކަށް ވަނީއެވެ. އަދި ބުންޏެވެ. އެކަލޭގެފާނު ނަމާދުފުޅަށް ވަޑައިގަތީމާ އަހުރެމެން އެކަލޭގެފާނު قتل ކޮށްލާނީއެވެ. ދެންފަހެ ﷲ تعالى އެ ހޮހޮޅުގެ ދޮރުމަތީގައި ހިލައެއް ޖައްސަވައި ބަންދުކުރެއްވީއެވެ. އަދި އެރަށުގެ މީހުންނަށް އެމީހުން ވީތަނެއް ނޭނގުނެވެ. އަދި އެމީހުނަކަށް އެރަށުގެ މީހުންވީތަނެއް ނޭނގުނެވެ. ﷲ تعالى އެމީހުންނަށް އެތާ عذاب ދެއްވީއެވެ. އަދި ރަށުގެ މީހުންނަށް (ރަށުގެ ކާފަރުންނަށް) ރަށުގައި عذاب ދެއްވީއެވެ. ދެބައިމީހުންވެސް ހަލާކުވެ ދިޔައީއެވެ. صالح ގެފާނާއި އެކަލޭގެފާނާއި އެކުގައިވާ މީހުން ސަލާމަތްކުރެއްވީއެވެ. والله أعلم.\n= تفسير الطبري =

  52. 52

    فَتِلْكَ بُيُوتُهُمْ خَاوِيَةًۢ بِمَا ظَلَمُوٓا۟ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَعْلَمُونَ

    Fatilka buyootuhum khaawiyatam bimaa z̤̣alamoo. ʹInna fee ẓaalika laʹAayatal liq̣awmiñy yaʻlamoon.

    ފަހެ އެމީހުން އަނިޔާވެރިވުމުގެ ސަބަބުން އެހުރީ އެމީހުންގެ ގެތަށް ހުސްވެ ފަޅުވެފައެވެ. ހަމަކަށަވަރުން ދަންނަ ބަޔަކަށް އެކަންތަކުގައި دليل އާއި حجّة ވާކަން ކަށަވަރެވެ.

  53. 53

    وَأَنجَيْنَا ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ

    Wa-ʹañjaynal laẓeena ʹaamanoo wa-kaanoo yattaq̣oon.

    އަދި އެމީހުންނީ އީމާންވެ تَقْوى ވެރިންކަމުގައިވީ މީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ.

  54. 54

    وَلُوطًا إِذْ قَالَ لِقَوْمِهِۦٓ أَتَأْتُونَ ٱلْفَـٰحِشَةَ وَأَنتُمْ تُبْصِرُونَ

    Wa-Looṭan ʹiẓ q̣aala liq̣awmiheee ʹataʹtoonal faa-ḥishata wa-ʹañtum tubṣiroon?

    އަދި لوط ގެފާނު (رسول ކަމާއިގެން ފޮނުއްވީމެވެ.) އެކަލޭގެފާނު އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދު. ހަނދުމަފުޅު ކުރައްވާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ރަނގަޅަށް ދެކޭ حال / ދަންނަ حال ކަލޭމެން فَاحِش ކަންތައް ގެނަސްގަންނަނީހެއްޔެވެ؟

  55. 55

    أَئِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِ ۚ بَلْ أَنتُمْ قَوْمٌ تَجْهَلُونَ

    ʹAʹinnakum lataʹtoonar rijaala shahwatam miñ doonin nisaaaʹ? Bal ʹañtum q̣awmuñ tajhaloon!

    ކަލޭމެން شَهْوَة ގެ ކަންތައް ފުއްދުމަށް އަންހެނުން ފިޔަވައި ފިރިހެނުން ގެނަސްގަންނަނީހެއްޔެވެ؟ އަދި ކިޔެއްހެއްޔެވެ؟ ކަލޭމެންނަކީ ތަންދޮރުނޭނގޭ جَاهِل ބައެކެވެ.

  56. 56

    ۞ فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوٓا۟ أَخْرِجُوٓا۟ ءَالَ لُوطٍ مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ

    Famaa kaana jawaaba q̣awmiheee ʹillaaa ʹañ q̣aalooo ʹakhrijooo ʹaala Looṭim miñ q̣aryatikum: ʹinnahum ʹunaasuñy yataṭahharoon!

    (އެކަލޭގެފާނުންގެ އެބަސްފުޅުތަކުގެ ޖަވާބުގައި) އެ قوم ގެމީހުންގެ جواب އެއްކަމުގައިވީ އޭގެ އެއްބަޔަކު އަނެއްބަޔަކަށް މިފަދައިން ބުނުމެވެ. لوط ގެފާނުންގެ آل ން އަދި އެކަލޭގެފާނަށް تبع ވީ މީހުން ކަލޭމެން ރަށުން ނެރެލާށެވެ. ހަމަކަށަވަރުން އަހުރެމެންނަކީ އެބަހީ: އެރަށުގެ މީހުންނަކީ - (ނުބައިކަންތައްތަކުން) طاهر ވާ ބައެކެވެ.

  57. 57

    فَأَنجَيْنَـٰهُ وَأَهْلَهُۥٓ إِلَّا ٱمْرَأَتَهُۥ قَدَّرْنَـٰهَا مِنَ ٱلْغَـٰبِرِينَ

    Faʹañjaynaahu wa-ʹahlahooo ʹillam raʹatah: q̣addarnaahaa minal g̣aabireen.

    ފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން (އެބަހީ لوطގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން (އެކަލޭގެފާނުންގެ އަނބިކަނބަލުން ފިޔަވައި) ތިމަންރަސްކަލާނގެ ސަލާމަތް ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އެކަމަނާއާއިމެދު މިންވަރުކުރެއްވީ ރަށުގެމީހުންނާއެކު އެމީހުންގެތެރޭގައި ހުންނަގޮތަށެވެ. (އެމީހުނާއެކު ހަލާކުވާގޮތަށެވެ.)

  58. 58

    وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَسَآءَ مَطَرُ ٱلْمُنذَرِينَ

    Wa-ʹamṭarnaa ʻalayhim maṭaraa: fasaaaʹa maṭarul muñẓareen!

    އަދި ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް (ނުބައި) ވާރެއެއް ވެއްސެވީމެވެ. ފަހެ إنْذَار ކުރެވުނު މީހުންގެ ވާރޭ ނުބައިވެގެންވެއެވެ.

  59. 59

    قُلِ ٱلْحَمْدُ لِلَّهِ وَسَلَـٰمٌ عَلَىٰ عِبَادِهِ ٱلَّذِينَ ٱصْطَفَىٰٓ ۗ ءَآللَّهُ خَيْرٌ أَمَّا يُشْرِكُونَ

    Q̣ulil Ḥamdu lillaahi wa-Salaamun ʻalaa ʻibaadihil laẓeenaṣ ṭafaa. ʹAaallaahu khayrun ʻammaa yushrikoon?

    (އޭ رسول ﷲ އެވެ!) އެންމެހައި تعريف އާއި ثناء އެއް ހުރީ ﷲ އަށެވެ. ކަލޭގެފާނު އެފަދައިން ވިދާޅުވާށެވެ. އަދި إختيار ކުރެވި خاصّ ކުރެވިގެންވާ ﷲ ގެ އަޅުތަކުންނަށް سلام ހުއްޓެވެ. (ކަލޭގެފާނު. ވިދާޅުވާށެވެ.) ހެޔޮވެގެންވަނީ ﷲ ހެއްޔެވެ؟ ނުވަތަ އެމީހުން އެ شرك ކޮށް ބައިވެރިކުރާ شريك ންތައް ހެއްޔެވެ؟

  60. 60

    أَمَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَأَنزَلَ لَكُم مِّنَ ٱلسَّمَآءِ مَآءً فَأَنۢبَتْنَا بِهِۦ حَدَآئِقَ ذَاتَ بَهْجَةٍ مَّا كَانَ لَكُمْ أَن تُنۢبِتُوا۟ شَجَرَهَآ ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ بَلْ هُمْ قَوْمٌ يَعْدِلُونَ

    ʹAmman khalaq̣as samaawaati wal-ʹarḍa wa-ʹañzala lakum minas samaaaʹi maaaʹaa? Faʹambatnaa bihee ḥadaaaʹiq̣a ẓaata bahjah: maa- kaana lakum ʹañ tumbitoo shajarahaa. ʹA-ʹilaahum maʻal laah? Bal hum q̣awmuñy yaʻdiloon.

    ނުވަތަ (އަޅުކަން އެފަރާތަކަށް ކުރުން ހެޔޮވެގެންވަނީ އެއްވެސް منفع އެއް ނުދެވޭ އަދި އެއްވެސް ގެއްލުމެއްވެސް ނުދެވޭ ބުދުތަކަކަށް ހެއްޔެވެ؟) ނުވަތަ އުޑުތަކާއި ބިން ހައްދަވައި އަދި ކަލޭމެނަށްޓަކައި އުޑުން ފެން ބާވައިލެއްވި ކަލާނގެއަށް ހެއްޔެވެ؟ (އެކަލާނގެ وحي ކުރެއްވިއެވެ.) އަދި އެފެނުގެ ސަބަބުން ތިމަންރަސްކަލާނގެ ރީތިކަމާއި ފުރިހަމަކަމުގެ ވެރި ބަގީޗާތައް ހެއްދެވީމެވެ. އެބަގީޗާތަކުގައި ގަސްހެއްދެވުމަކީ އެއްގޮތަކަށްވެސް ކަލޭމެނަށް ވާނޭކަމެއްނޫނެވެ. ﷲ އާއިއެކު އެހެން إله އެއް ވޭހެއްޔެވެ؟ (ނުވާކަން ކަށަވަރެ) އަދި ކިޔެއްހެއްޔެވެ؟ އެމީހުންނަކީ حقّ މަގާއި ދުރުވެ މަގުފުރެދިފައިވާ ބައެކެވެ.

  61. 61

    أَمَّن جَعَلَ ٱلْأَرْضَ قَرَارًا وَجَعَلَ خِلَـٰلَهَآ أَنْهَـٰرًا وَجَعَلَ لَهَا رَوَٰسِىَ وَجَعَلَ بَيْنَ ٱلْبَحْرَيْنِ حَاجِزًا ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ

    ʹAmmañ jaʻalal ʹarḍa q̣araarañw wajaʻala khilaalahaaa ʹanhaarañw Wajaʻala lahaa rawaasiya wa-jaʻala baynal baḥrayni ḥaajizaa? ʹA-ʹilaahum ma ʻallaah? Bal ʹaks̤aruhum laa- yaʻlamoon.

    ނުވަތަ (އަޅުކަން އެފަރާތަކަށް ކުރުން ހެޔޮވެގެންވަނީ) އެއްވެސް منفع އެއް އަދި ގެއްލުމެއްވެސް ނުދެވޭ ބުދުތަކަކަށްއްހެއްޔެވެ؟) ނުވަތަ ބިންގަނޑު قَرَار ކުރައްވައި ثابت ކުރެއްވި ކަލާނގެހެއްޔެވެ؟ އަދި އެކަލާނގެ އެބިމުގައި ކޯރުތައް ލައްވައި އޭގައި އެކަލާނގެ ވަރުގަދަ ފަރުބަދަތައް ލެއްވިއެވެ. އަދި (ލޮނުފެނުގެ ކަނޑާއި މީރުފެނުގެ ކަނޑާއި ދެކަނޑުގެ ދެމެދުގައި ދެކަނޑު މައްސުނިވެ މިކްސް ނުވުމަށްޓަކައި) ހުރަހެއްލެވިއެވެ. ﷲ އާއިއެކު އެހެން އެއްވެސް إله އަކުވޭހެއްޔެވެ؟ (ނުވާކަން ކަށަވަރެވެ.) އަދި ކިޔެއްހެއްޔެވެ؟ އެމީހުންކުރެ ގިނަމީހުންނަކަށް (ﷲ ގެ قدرة ތެރިކަމެއް އެއްކައުވަންތަކަމެއް) ނޭނގެއެވެ.

  62. 62

    أَمَّن يُجِيبُ ٱلْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ ٱلسُّوٓءَ وَيَجْعَلُكُمْ خُلَفَآءَ ٱلْأَرْضِ ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ قَلِيلًا مَّا تَذَكَّرُونَ

    ʹAmmañy yujeebul muḍ-ṭarra ʹiẓaa daʻaahu wa-yakshifus soooʹa wa-yajʻalukum khulafaaa ʹalʹarḍ? ʹA-ʹilaahum maʻal laah? Q̣aleelam maa taẓakkaroon!

    ނުވަތަ (އަޅުކަން އެފަރާތަކަށްކުރުން ހެޔޮވެގެންވަނީ) އެއްވެސް منفع އެއް އަދި ގެއްލުމެއްވެސް ނުދެވޭ ބުދުތަކަކަށްހެއްޔެވެ؟) ނުވަތަ ކަންބޮޑުވެ ގޮތްހުސްވެގެންވާ މީހާ دعاء ކުރީމާ އެމީހާއަށް އިޖާބަދެއްވައި އަދި އުނދަގުލާއި ތުރާތައް ފިއްލަވާ ކަލާނގެއަށްހެއްޔެވެ؟ އަދިބިމުގެ خليفة އިންކަމުގައި އެކަލާނގެ ކަލޭމެން ލެއްވިއެވެ. ކަލޭމެން عبرة އާއި نصيحة ލިބިގަންނަނީ ހާދަހާވެސް މަދުންނެވެ.

  63. 63

    أَمَّن يَهْدِيكُمْ فِى ظُلُمَـٰتِ ٱلْبَرِّ وَٱلْبَحْرِ وَمَن يُرْسِلُ ٱلرِّيَـٰحَ بُشْرًۢا بَيْنَ يَدَىْ رَحْمَتِهِۦٓ ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ تَعَـٰلَى ٱللَّهُ عَمَّا يُشْرِكُونَ

    ʹAmmañy yahdeekum fee z̤̣ulumaatil barri wal-baḥri wa-mañy yursilur riyaaḥa bushram bayna yaday Raḥmatih? ʹAʹilaahum maʻal laah? Taʻaalal laahu ʻammaa yushrikoon!

    ނުވަތަ (އަޅުކަން އެފަރާތަކަށް ކުރުން ހެޔޮވެގެންވަނ) އެއްވެސް منفع އެއް ނުދެވޭ އަދި ގެއްލުމެއްވެސް ނުދެވޭ ބުދުތަކަކަށްހެއްޔެވެ؟) ނުވަތަ އެއްގަމާއި ކަނޑުގެ އަނދިރިތަކުގައި ކަލޭމެނަށް ތެދުމަގުދައްކަވާ ކަލާނގެއަށްހެއްޔެވެ؟ އަދި އެކަލާނގެ رحمة ކަމުގައިވާ ވާރޭގެ ކުރިޔަށް ވައިފޮނުއްވަނީ ހަމަ އެކަލާނގެއެވެ. (އެއީވެސް ހަމަ ﷲ އެވެ.) ﷲ އާއިއެކު އެހެން إله އެއްވޭހެއްޔެވެ؟ (ނުވާކަން ކަށަވަރެވެ.) އެމީހުން އެކަލާނގެއާއި އެ شرك ކުރާތަކެތި ފިޔަވައި ﷲ މަތިވެރިވެވޮޑިގެންވެއެވެ.

  64. 64

    أَمَّن يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ وَمَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ قُلْ هَاتُوا۟ بُرْهَـٰنَكُمْ إِن كُنتُمْ صَـٰدِقِينَ

    ʹAmmañy yabdaʹul khalq̣a s̤umma yuʻeeduhoo wa-mañy yarzuq̣ukum minas samaaaʹi wal ʹarḍ? ʹA-ʹilaahum maʻallaah? Q̣ul haatoo burhaanakum ʹiñ kuñtum ṣaadiq̣een!

    ނުވަތަ (އަޅުކަން އެފަރާތަކަށް ކުރުން ހެޔޮވެގެންވަނީ) އެއްވެސް منفع އެއް ނުދެވޭ އަދި އެއްވެސް ގެއްލުމެއްވެސް ނުދެވޭ ބުދުތަކަކަށްހެއްޔެވެ؟) ނުވަތަ ފައްޓަވައިގެން خلق ތަކުން ހައްދަވާ ކަލާނގެއަށްހެއްޔެވެ؟ ދެން އެކަލާނގެ އިރާދަކުރައްވައިފިއްޔާ އެކަލާނގެ خلق ތަކުން މަރުވުމަށްފަހު އަލުންވެސް ދިރުއްވައި إعاد ކުރައްވާނެއެވެ. އަދި އުޑާއި ބިމުން ކަލޭމެނަށް ރިޒުގުދެއްވަނީ ހަމަ އެކަލާނގެއެވެ. (އެއީވެސް ހަމަ ﷲ އެވެ.) ﷲ އާއިއެކު އެހެން إله އަކުވޭހެއްޔެވެ؟ (ނުވާކަން ކަށަވަރެވެ.) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. (އޭ مشرك ންނޭވެ. އިސްވެދިޔަ ބާވަތުގެ އެންމެހައި ކަމެއް ކުރައްވަނީ ﷲ ފިޔަވައި އެހެން ފަރާތަކުން ކަމުގައި ކަލޭމެން ބުނާނަމަ) އަދި ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ އެކަމުގެ މައްޗަށް دليل އާއި حجّة ނިކަން ގެނެސްބަލާށެވެ. (ނުގެނެވޭނެކަން ކަށަވަރެވެ.)

  65. 65

    قُل لَّا يَعْلَمُ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ٱلْغَيْبَ إِلَّا ٱللَّهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ

    Q̣ul laa yaʻlamu mañ fis samaawaati wal-ʹarḍil g̣ayba ʹillal laah: wa-maa yashʻuroona ʹayyaana yubʻas̤oon.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމައެކަނި ﷲ އަށް މެނުވީ އުޑުތަކާއި އަދި ބިމުގައިވާ އެއްވެސްމީހަކަށް غَيْبُ ނޭނގެއެވެ. އަދި (ކަށްވަޅުތަކުން ނުކުމެ) محشر އަށް އެމީހުން ފޮނުވޭނީ ކޮންއިރަކުންކަން އެމީހުންނަށް إحْسَاس ވެސް ނުވާނެއެވެ. (غَيْبُ ގެ علم އަކީ ހަމައެކަނި ﷲ އަށް خاصّ އެއްޗެކެވެ. قيامة ވާނެ ވަގުތެއް އެނގުންވެސްވަނީ އޭގެތެރެއިންނެވެ.)

  66. 66

    بَلِ ٱدَّٰرَكَ عِلْمُهُمْ فِى ٱلْـَٔاخِرَةِ ۚ بَلْ هُمْ فِى شَكٍّ مِّنْهَا ۖ بَلْ هُم مِّنْهَا عَمُونَ

    Balid daaraka ʻilmuhum fil ʹAakhirah: bal hum fee shakkim minhaa; bal hum minhaa ʻamoon!

    އަދި ކިއެއްހެއްޔެވެ؟ آخرة ދުވަހުން އެމީހުންގެ އެނގުން (آخرة އާއިމެދު އެނގުން) ފުރިހަމަވާނެއެވެ. އަދި ކިޔެއްހެއްޔެވެ؟ (ދުނިޔޭގައި) އެމީހުން އެވަނީ އެޔާމެދު يعني: آخرة އާއިމެދު - ޝައްކެއްގައެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުން އެވަނީ آخرة އާއިމެދު ކަނުވެފައެވެ. އެއްވެސް އެނގުމެއް ނެތެވެ.

  67. 67

    وَقَالَ ٱلَّذِينَ كَفَرُوٓا۟ أَءِذَا كُنَّا تُرَٰبًا وَءَابَآؤُنَآ أَئِنَّا لَمُخْرَجُونَ

    Wa-q̣aalal laẓeena kafarooo ʹa-ʹiẓaa kunnaa turaabañw waʹaabaaaʹunaaa ʹaʹinnaa lamukhrajoon?

    އަދި ކާފަރުވީ މީސްތަކުން ބުންޏެވެ. އަހުރެމެންނާއި އަދި އަހުރެމެންގެ ކާބަފައިންވެސް މަރުވެ ގޮސް ބިމުހުރިވެއްޔަށްވުމަށްފަހު އަލުންދިރިގެން ފޮނުވޭނޭހެއްޔެވެ؟

  68. 68

    لَقَدْ وُعِدْنَا هَـٰذَا نَحْنُ وَءَابَآؤُنَا مِن قَبْلُ إِنْ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ

    Laq̣ad wuʻidnaa haaẓaa naḥnu wa-ʹaabaaaʹunaa miñ q̣ablu ʹin haaẓaaa ʹillaaa ʹasaaṭeerul ʹawwaleen.

    ހަމަކަށަވަރުން އަހުރެމެންނަށާއި އަހުރެމެންގެ ކާބަފައިންނަށްވެސް ވަނީ (މީގެކުރީގައި) މިވާހަކަ وعد ކުރެވިފައެވެ. (އެއިން އެއްވެސް މީހަކު ދިރުނީއެއްނޫނެވެ.) މިވާހަކަތައް އަދި މި وعد ތައް އެއީ އިހުޒަމާނުގެ މީހުންގެ ދޮގު އަދި ތާކުންތާކު ނުޖެހޭ ވާހަކަތަކެއްކަމުގައި މެނުވީނުވެއެވެ.

  69. 69

    قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُجْرِمِينَ

    Q̣ul seeroo fil ʹarḍi fañz̤̣uroo kayfa kaana ʻaaq̣ibatul mujrimeen.

    ކަލޭގެފާނު ވިދާޅުވާށެވެ! (އޭ މިތިބަ ދޮގުވެރިންނޭވެ!) ކަލޭމެން ބިމުގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް ހަދައިބަލާށެވެ! އަދި (އިސްވެދިޔަ) ނުބައިމީހުންގެ ފަހުކޮޅުވެގެން ދިޔައީ ކޮންފަދައަކުންތޯ ބަލައި އެޔާމެދު فكر ކޮށް عبرة حاصل ކޮށްބަލާށެވެ!

  70. 70

    وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُن فِى ضَيْقٍ مِّمَّا يَمْكُرُونَ

    Wa-laa taḥzan ʻalayhim wa-laa takuñ fee ḍayq̣im mimmaa yamkuroon.

    އަދި ކަލޭގެފާނު އެމީހުންގެ މައްޗަށް ހިތާމަފުޅު ނުކުރައްވާށެވެ! އަދި އެމީހުން އެރާވާ ނުބައި ރޭވުންތަކާއިމެދު ހިތްޕުޅު ދަތިފުޅު ނުކުރައްވާށެވެ! (ﷲ تعالى އެމީހުންގެ މައްޗަށް ކަލޭގެފާނަށް نصر ދެއްވައި އެމީހުން ހަލާކު ކުރައްވާހުއްޓެވެ.)

  71. 71

    وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ

    Wa-yaq̣ooloona mataa haaẓal waʻdu ʹiñ kuñtum ṣaadiq̣een?

    އަދި އެމީހުން ބުނެއެވެ. (އޭ مؤمن ންނޭވެ!) ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ ނިކަން ބުނެބަލާށެވެ! އަހުރެމެންނަށް ތިޔަ وعد ކުރެވޭ ކަންތައް (عذاب އައުން) ވާނީ ދެންކޮންއިރަކުންހެއްޔެވެ؟

  72. 72

    قُلْ عَسَىٰٓ أَن يَكُونَ رَدِفَ لَكُم بَعْضُ ٱلَّذِى تَسْتَعْجِلُونَ

    Q̣ul ʻasaaa ʹañy yakoona radifa lakum baʻḍul laẓee tastaʻjiloon!

    އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެން އަވަސްވުމަށް ތިޔަ އެދޭ ބައެއް ކަންތައް ދާދިގާތުގައި ކަލޭމެނަށް އައުން އެކަށީގެންވެއެވެ. އަތުވެދާނެއެވެ.

  73. 73

    وَإِنَّ رَبَّكَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَهُمْ لَا يَشْكُرُونَ

    Wa-ʹinna Rabbaka la-Ẓoo faḍlin ʻalan naasi wa-laakinna ʹaks̤arahum laa- yashkuroon.

    (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނު رَبّ އެއީ މީސްތަކުންގެމައްޗަށް ނުހަނު އޯގާވަންތަ ކަލާނގެކަން ކަށަވަރެވެ. އަދި އެހެނެއްކަމަކު މީސްތަކުންކުރެ ގިނަމީހުން شكر ނުކުރެއެވެ.

  74. 74

    وَإِنَّ رَبَّكَ لَيَعْلَمُ مَا تُكِنُّ صُدُورُهُمْ وَمَا يُعْلِنُونَ

    Wa-ʹinna Rabbaka layaʻlamu maa- tukinnu ṣudooruhum wa-maa yuʻlinoon.

    އަދި ހަމަކަށަވަރުން އެމީހުންގެ ހިތްތަކުގައި ވަންހަނާކުރާ ތަކެއްޗާއި އަދި އެމީހުން ފައުޅުކުރާތަކެތިވެސް ކަލޭގެފާނުންގެ رَبّ ދެނެވޮޑިގެންވާކަން ކަށަވަރެވެ.

  75. 75

    وَمَا مِنْ غَآئِبَةٍ فِى ٱلسَّمَآءِ وَٱلْأَرْضِ إِلَّا فِى كِتَـٰبٍ مُّبِينٍ

    Wa-maa min g̣aaaʹibatiñ fis samaaaʹi wal-ʹarḍi ʹillaa fee kitaabim mubeen.

    އަދި އުޑާއި ބިމުގައި غَائب ވެ ވަންހަނާވެގެންވާ އެއްވެސް އެއްޗެއް އެއެއްޗަށް بَيان ވެގެންވާ ފޮތެއްގައި ނުވަތަ بيان ކޮށްދޭ ފޮތެއްގައިވާ މެނުވީ ނުވެއެވެ. (އެބަހީ: ހުރިހާ އެއްޗެއް ފޮތުގައި بَيَان ވެގެންވެއެވެ.)

  76. 76

    إِنَّ هَـٰذَا ٱلْقُرْءَانَ يَقُصُّ عَلَىٰ بَنِىٓ إِسْرَٰٓءِيلَ أَكْثَرَ ٱلَّذِى هُمْ فِيهِ يَخْتَلِفُونَ

    ʹInna haaẓal Q̣ur-ʹaana yaq̣uṣṣu ʻalaa Baneee ʹIsraaaʹeela ʹaks̤aral laẓee hum feehi yakhtalifoon.

    އެކަންކަމާއިމެދު އެމީހުންކުރެ ގިނަމީހުން (يهودي ންނާއި نصارى އިންކުރެ ގިނަމީހުން) إختلافވެ ދެބަސްވާ ގިނަކަންތައްތަކުގެ بيان (حقّ ގޮތް) އެހެން ހުރިހާމީހުންނަށްވުރެބޮޑަށް بَني إسرائيل ންނަށް ހަމަކަށަވަރުންވެސް މި قرآن ބަޔާންކޮށްދެއްވައި ކިޔައިދެއެވެ.

  77. 77

    وَإِنَّهُۥ لَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ

    Wa-ʹinnahoo la-Hudañw wa-Raḥmatul lil-Muʹmineen.

    އަދި ހަމަކަށަވަރުން އެ قرآن އަކީ مؤمن ންވާ ތެދުމަގެކެވެ. އަދި رحمة އެކެވެ.

  78. 78

    إِنَّ رَبَّكَ يَقْضِى بَيْنَهُم بِحُكْمِهِۦ ۚ وَهُوَ ٱلْعَزِيزُ ٱلْعَلِيمُ

    ʹInna Rabbaka yaq̣ḍee baynahum̃ bi-Ḥukmih: wa-Huwal ʻAzeezul ʻAleem.

    (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެމީހުންގެ މެދުގައި އެކަލާނގެ حكم ން حكم ކުރައްވައިނިޔާކުރައްވައެވެ. އަދި އެކަލާނގެއީ عزّة ވަންތަ ދެނެވޮޑިގެންވާ ކަލާނގެއެވެ.

  79. 79

    فَتَوَكَّلْ عَلَى ٱللَّهِ ۖ إِنَّكَ عَلَى ٱلْحَقِّ ٱلْمُبِينِ

    Fatawakkal ʻalal laah: ʹinnaka ʻalal Ḥaq̣q̣il mubeen.

    ފަހެ ކަލޭގެފާނު ކަނޑައެޅިގެން ﷲ އަށް އިތުބާރުކުރައްވައި وكيل ކުރައްވާށެވެ! ހަމަކަށަވަރުން ކަލޭގެފާނު ވަނީ بيان ވެގެންވާ حقّ ގައެވެ.

  80. 80

    إِنَّكَ لَا تُسْمِعُ ٱلْمَوْتَىٰ وَلَا تُسْمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوْا۟ مُدْبِرِينَ

    ʹInnaka laa- tusmiʻul mawtaa wa-laa tusmiʻuṣ ṣummad duʻaaaʹa ʹiẓaa wallaw mudbireen.

    ހަމަކަށަވަރުން މަރުވެފައިވާ މީހުންނަށް ކަލޭގެފާނަށް އިއްވައެއް ނުދެވޭނެއެވެ. (އެކަމުގެ ކުޅަދާނަކަމެއް ކަލޭގެފާނުންގެ ކިބައިގައި ނުވެއެވެ.) އަދި ބީރުންވެސް އެމީހުން (ނުއަހާންވެގެން) އެނބުރި ފުރަގަސްދީފައި ދަންޏަކާއި އެމީހުންނަށް وعظ އާއި نصيحة އިއްވައި ނުދެވޭނެއެވެ. އަންގައެއްވެސް ނުދެވޭނެއެވެ.

  81. 81

    وَمَآ أَنتَ بِهَـٰدِى ٱلْعُمْىِ عَن ضَلَـٰلَتِهِمْ ۖ إِن تُسْمِعُ إِلَّا مَن يُؤْمِنُ بِـَٔايَـٰتِنَا فَهُم مُّسْلِمُونَ

    Wa-maaa ʹañta bihaadil ʻumyi ʻañ ḍalaalatihim: ʹiñ tusmiʻu ʹillaa mañy yuʹminu biʹAayaatinaa fahum Muslimoon.

    އަދި ލޯއަނދިރިމީހުން އެމީހުންގެ އެމަގުފުރެދުމުގެ އަނދިރިކަމުގައިވަނިކޮށް އެމީހުންނަށް ތެދުމަގު ދެއްކެވޭނެ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ. ތިމަންރަސްކަލާނގެއަށް އީމާންވެ ކިޔަމަންވެގެންވާޙާލު ތިމަންރަސްކަލާނގެ އާޔަތްތައް ތެދުކޮށް އެއާޔަތްތަކަށް إيمانވާ ބަޔަކަށް އިއްވައިދެވޭނޭ ބޭކަލަކު ކަމުގައި މެނުވީކަލޭގެފާނުވެއެވެ.

  82. 82

    ۞ وَإِذَا وَقَعَ ٱلْقَوْلُ عَلَيْهِمْ أَخْرَجْنَا لَهُمْ دَآبَّةً مِّنَ ٱلْأَرْضِ تُكَلِّمُهُمْ أَنَّ ٱلنَّاسَ كَانُوا۟ بِـَٔايَـٰتِنَا لَا يُوقِنُونَ

    Wa-ʹiẓaa waq̣aʻal Q̣awlu ʻalayhim ʹakhrajnaa lahum Daaabbatam minal ʹarḍi tukal-limuhum ʹannan naasa kaanoo biʹAayaatinaa laa- yooq̣inoon.

    އަދި އެމީހުންގެމައްޗަށް عذاب ގެ ނުވަތަ ކޯފާ حقّ ވެއްޖެއްޔާ އެމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ބިމުން دَابّة އެއް ނެރުއްވާހުށީމެވެ. ހަމަކަށަވަރުން މީސްތަކުން ތިމަންރަސްކަލާނގެ އާޔަތްތައް يقين ނުކުރާކަމުގައިވިއެވެ. (މި دَابّة ނުކުތުމަކީވެސް ތިމަންރަސްކަލާނގެ قدرة ތެރިކަމުގެ އެއްދަލީލެވެ.) والله أعلم.

  83. 83

    وَيَوْمَ نَحْشُرُ مِن كُلِّ أُمَّةٍ فَوْجًا مِّمَّن يُكَذِّبُ بِـَٔايَـٰتِنَا فَهُمْ يُوزَعُونَ

    Wa-Yawma naḥshuru miñ kulli ʹummatiñ fawjam mimmañy yukaẓẓibu biʹAayaatinaa fahum yoozaʻoon,

    އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުންކުރެ ކޮންމެ أُمَّة އަކުންވެސް جماعَة އެއް ތިމަންރަސްކަލާނގެ محشر ކުރައްވާދުވަހުން އެކުރައްވާ ދުވަހުން، އެމީހުން ތިބޭހުށީ އޭގެ އެންމެކުރީ މީހާއާއިއެކު އެންމެފަހުމީހާވެސް ބަނދެވި ހައްޔަރުވެގެންނެވެ. (ވަކިނުވެވޭގޮތަށެވެ.)

  84. 84

    حَتَّىٰٓ إِذَا جَآءُو قَالَ أَكَذَّبْتُم بِـَٔايَـٰتِى وَلَمْ تُحِيطُوا۟ بِهَا عِلْمًا أَمَّاذَا كُنتُمْ تَعْمَلُونَ

    Ḥattaaa ʹiẓaa jaaaʹoo q̣aala ʹakaẓẓabtum̃ biʹAayaatee wa-lam tuḥeeṭoo bihaa ʻilman ʹammaaẓaa kuñtum taʻmaloon?

    އެއެންމެން އަތުވެއްޖައުމަށްދާންދެންނެވެ. (ދެން އެއެންމެން އައިސް ހަމަވުމުން) އެކަލާނގެ وحي ކުރައްވާހުއްޓެވެ. ކަލޭމެން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރީހެއްޔެވެ؟ އެއާޔަތްތައް حقّ ގޮތުގައި ކަލޭމެންނަށް معرفة ނުވީހެއްޔެވެ؟ ނުވަތަ ކަލޭމެން (ދުނިޔޭގައި އުޅުނުއިރު) ކުރާކަމުގައިވީ ކޮންކަމެއްހެއްޔެވެ؟

  85. 85

    وَوَقَعَ ٱلْقَوْلُ عَلَيْهِم بِمَا ظَلَمُوا۟ فَهُمْ لَا يَنطِقُونَ

    Wa-waq̣aʻal Q̣awlu ʻalayhim̃ bimaa z̤̣alamoo fahum laa- yañṭiq̣oon.

    އަދި އެމީހުން އަނިޔާވެރިވުމުގެ ސަބަބުން އެމީހުންގެމައްޗަށް عذاب (ނުވަތަ عذاب ގެ ބަސްފުޅު) حقّ ވެއްޖެއެވެ. ފަހެ އެމީހުން (އޭގެ އިދިކޮޅަށް حجّة އާއި ދަލީލުގެގޮތުން) ބަސްނުބުނާނެއެވެ.

  86. 86

    أَلَمْ يَرَوْا۟ أَنَّا جَعَلْنَا ٱلَّيْلَ لِيَسْكُنُوا۟ فِيهِ وَٱلنَّهَارَ مُبْصِرًا ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يُؤْمِنُونَ

    ʹAlam yaraw ʹannaa jaʻalnal Layla liyaskunoo feehi wan-Nahaara mubṣiraa? ʹInna fee ẓaalika laʹAayaatil liq̣awmiñy yuʹminoon!

    އެމީހުން ހަމަކަށަވަރުން އެމީހުން އޭގައިހަމަހިމޭންވެ ތިބުމަށްޓަކައި ރޭގަނޑުލައްވައި އަދި (عملى މައިދާނުގައި حركاة ތެރިވެ އުޅުމަށް) ދުވާލު އެއީ އަލިކުރާއެއްޗެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވިކަން އެމީހުންނަށް ނޭގޭބާވަވައެވެ؟ (فكر ކޮށްނަހަދަނީބާވައެވެ.) ހަމަކަށަވަރުން އެކަންތަކުގައި - އެބަހީ: ރޭދުވާ ތަފާތުކޮށް އަދި ތަކުރާރުވާގޮތަށް ލެއްވުމުގައި - އީމާންވާ ބަޔަކަށް އަދި ތެދުކުރާ ބަޔަކަށް دليل އާ حجّة ވެއެވެ. (އެފަދަ ކަންތައްތައް އެހިންގަވާ ފަރާތަކަށް މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވުމަށް އުނދަގޫނުވާނެކަން އެނގެންވާނެއެވެ.

  87. 87

    وَيَوْمَ يُنفَخُ فِى ٱلصُّورِ فَفَزِعَ مَن فِى ٱلسَّمَـٰوَٰتِ وَمَن فِى ٱلْأَرْضِ إِلَّا مَن شَآءَ ٱللَّهُ ۚ وَكُلٌّ أَتَوْهُ دَٰخِرِينَ

    Wa-Yawma yuñfakhu fiṣ Ṣoori fafaziʻa mañ fis samaawaati wa-mañ fil ʹarḍi ʹillaa mañ shaaaʹal laah: wa-kullun ʹatawhu daakhireen.

    އަދި ތާޅަފިލިފުމެލެއްވޭ ދުވަހުން ﷲ އިރާދަކުރެއްވި އަޅަކުމެނުވީ އުޑުތަކާއި ބިމުގައިވާހާ ބަޔަކު ހޭބަލިވެ މަރުވެގެން ހިނގައިދާނެއެވެ. އަދި އެންމެން (ފަހުން އަލުން ދިރިގެން) ނިކަމެތިވެ ދެރަވެގެންވާ حال ތިމަންރަސްކަލާނގެ حضرة އަށް އަންނަހުއްޓެވެ.

  88. 88

    وَتَرَى ٱلْجِبَالَ تَحْسَبُهَا جَامِدَةً وَهِىَ تَمُرُّ مَرَّ ٱلسَّحَابِ ۚ صُنْعَ ٱللَّهِ ٱلَّذِىٓ أَتْقَنَ كُلَّ شَىْءٍ ۚ إِنَّهُۥ خَبِيرٌۢ بِمَا تَفْعَلُونَ

    Wa-taral jibaala taḥsabuhaa jaamidatañw wahiya tamurru marras saḥaab: ṣunʻal laahil laẓeee ʹatq̣ana kulla shayʹ: innahoo khabeerum bimaa tafʻaloon.

    (އޭ رسول ﷲ އެވެ!) ފަރުބަދަތައް އެހެން ހުންނައިރު އެފަރުބަދަތައް ހުއްޓިފައި ކޮޅަށްހުންނަކަމަށް ކަލޭގެފާނަށް ހީފުޅުވާނެއެވެ. އެކަމަކު ވިލާ ދުވާގޮތަށް އެފަރުބަދަތައްވެސް ދުވެއެވެ. حركاة ކުރެއެވެ. އެއީ ހުރިހާ ތަކެތިވެސް ބަރާބަރުކޮށް ފުރިހަމަކޮށް އަދި ހިމުންކޮށް ހައްދަވާ ކަލާނގެ ހެއްދެވުމެވެ. ހަމަކަށަވަރުން ކަލޭމެންކުރާހާކަމެއްގެ خبر އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ.

  89. 89

    مَن جَآءَ بِٱلْحَسَنَةِ فَلَهُۥ خَيْرٌ مِّنْهَا وَهُم مِّن فَزَعٍ يَوْمَئِذٍ ءَامِنُونَ

    Mañ jaaaʹa bil-ḥasanati falahoo khayrum minhaa; wa-hum miñ fazaʻiñy Yawmaʹiẓin ʹaaminoon.

    ހެޔޮކަމަކާއިގެން އައިމީހާ - އެބަހީ: ހެޔޮ عمل ކޮށްފި މީހާއަށް އޭނާ އެކުރި عمل އަށްވުރެ މާހެޔޮދަރުމަޔާއި ثواب ހުންނަ ހުއްޓެވެ. އަދި އެމީހުން އެދުވަހުގެ يعني: قيامة ދުވަހުގެ ސިހުމާއި ބިރުވެރިކަމުން އަމާންވެގެންވެއެވެ.

  90. 90

    وَمَن جَآءَ بِٱلسَّيِّئَةِ فَكُبَّتْ وُجُوهُهُمْ فِى ٱلنَّارِ هَلْ تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ

    Wa-mañ jaaaʹa bissayyiʹati fakubbat wujoohuhum fin Naar: hal tujzawna ʹillaa maa- kuñtum taʻmaloon?

    އަދި ނުބައިކަމާއިގެން އައިމީހާ އެބަހީ: ނުބައިކަންތައް ކުރިމީހާ ދަންނައެވެ. އެފަދަމީހުން (އެދުވަހުން) މޫނުތައް ވަތަށް ނަރަކައަށް އެއްލެވޭނެއެވެ. އަދި އެމީހުންނަށް އެންގެވޭނެއެވެ. ކަލޭމެން ދުނިޔޭގައިތިބިއިރު ކުރާކަމުގައިވީ ކަންތައްތަކަށް މެނުވީ - އޭގެ ސަބަބަންމެނުވީ ކަލޭމެންނަށް جزاء ލިބޭކަމުގައި ނުވެއެވެ. އެބަހީ - އެފަދަ عذاب ތިޔަލިބެނީ ދުނިޔޭގައި ތިބެގެން ކުރި ނުބައިކަންތައްތަކުގެ ސަބަބުންނެވެ.

  91. 91

    إِنَّمَآ أُمِرْتُ أَنْ أَعْبُدَ رَبَّ هَـٰذِهِ ٱلْبَلْدَةِ ٱلَّذِى حَرَّمَهَا وَلَهُۥ كُلُّ شَىْءٍ ۖ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُسْلِمِينَ

    ʹInnamaaa ʹumirtu ʹan ʹaʻbuda Rabba haaẓihil Baldatill aẓee ḥarramahaa wa-lahoo kullu shayʹiñw waʹumirtu ʹan ʹakoona minal Muslimeen,

    (رسول ﷲ ﷺ حديث ކުރެއްވިއެވެ.) ތިމަންކަލޭގެފާނަށް أمر ވެވިގެންވާކަން ކަށަވަރީ މިރަށުގެވެރި (މި مكّة ގެވެރި) ربّ އަށް ތިމަންކަލޭގެފާނު އަޅުކަންކުރުމަށެވެ. އެކަލާނގެއީ އެރަށް حُرمة ތެރިކުރެއްވި ކަލާނގެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ ތިމަންކަލޭގެފާނު مسلم ންގެ ތެރެއިން ވުމަށެވެ. (إخلاص ތެރިކަމާއެކު ﷲ އަށް ކިޔަމަންތެރިވުމަށެވެ.)

  92. 92

    وَأَنْ أَتْلُوَا۟ ٱلْقُرْءَانَ ۖ فَمَنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَقُلْ إِنَّمَآ أَنَا۠ مِنَ ٱلْمُنذِرِينَ

    Wa-ʹan ʹatluwal Q̣ur-ʹaan: famanih tadaa faʹinnamaa yahtadee linafsih: wa-mañ ḍalla faq̣ul ʹinnamaaa ʹana minal muñẓireen.

    (އަދި ތިމަންކަލޭގެފާނަށް أمر ވެވިގެންވަނީ) ތިމަންކަލޭގެފާނު قرآن ކިޔެވުމަށެވެ. (ފަހެ ތިމަންކަލޭގެފާނަށް تبع ވެ إيمان ވެ) ތެދުމަގު ލިބިގެންފިމީހާ ތެދުމަގު އެލިބިގަންނަނީ އެމީހާގެ އަމިއްލަ نفس އަށެވެ. އެކަމުގެ ހެވާ ލާބަހުރީ ހަމަ އެމީހާގެ نفس އަށެވެ. (އަދި ތިމަންކަލޭގެފާނު ދޮގުކޮށް) މަގުފުރެދިގެންފިމީހާ ދަންނައެވެ. އެމީހަކާމެދު ތިމަންކަލޭގެފާނަށް ގެއްލުމެއްނެތެވެ. ތިމަންކަލޭގެފާނު ވާކަން ކަށަވަރީ إنذَار ކުރައްވާ ބޭކަލަކު ކަމުގައެވެ. (މަގުފުރެދޭމީހެއްގެ މަގުފުރެދުމަކުން ތިމަންކަލޭގެފާނަކަށް އެއްވެސް ގެއްލުމެއްނެތެވެ.)

  93. 93

    وَقُلِ ٱلْحَمْدُ لِلَّهِ سَيُرِيكُمْ ءَايَـٰتِهِۦ فَتَعْرِفُونَهَا ۚ وَمَا رَبُّكَ بِغَـٰفِلٍ عَمَّا تَعْمَلُونَ

    Wa-q̣ulil Ḥamdu lillaahi sayureekum ʹAayaatihee fataʻrifoonahaa; wa-maa Rabbuka big̣aafilin ʻamaa taʻmaloon.

    އަދި (الله وَحِي ކުރެއްވިއެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! އެންމެހައި حمد އާއި تعريف އެއް حقّ ވެގެންވަނީ ހަމަ ﷲ އަށެވެ. ނިކަންހުރެ އެކަލާނގެ (قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) دليل ތައް އެކަލާނގެ ކަލޭމެނަށް ދައްކަވާހުއްޓެވެ. ދެން އޭރުން (އެދަލީލުތަކާއި حجّة ތައް - އަދި ކަލޭމެނަށް ތިމަންކަލޭގެފާނު މިދޭ نصيحة ގެ حقيقة) ކަލޭމެނަށް އެނގިދާނެއެވެ. އަދި ކަލޭމެން ކުރާ ކަންތައްތައް ފިޔަވައި غافل ވެވޮޑިގެންވާ ކަލަކުކަމުގައި ކަލޭގެފާނުންގެ رَبّ ނުވެއެވެ.