Surah Al-AnbyaBegins here at 21:1
-
21:1
ٱقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِى غَفْلَةٍ مُّعْرِضُونَ
ʹIq̣taraba linnaasi Ḥisaabuhum wa-hum fee g̣aflatim muʻriḍoon.
މީސްތަކުންނަށް އެމީހުންގެ ހިސާބުބެއްލެވުން ގާތްވެއްޖެއެވެ. (އެބަހީ: ހިސާބުބައްލަވާ قيامة ދުވަސް ގާތްވެއްޖެއެވެ. އެއީ މީސްތަކުން (އެދުވަހާއިމެދު) غافل ވެގެންވާ حال ގައެވެ. އެމީހުންވަނީ ފުރަގަސްދީގެންނެވެ.
-
21:2
مَا يَأْتِيهِم مِّن ذِكْرٍ مِّن رَّبِّهِم مُّحْدَثٍ إِلَّا ٱسْتَمَعُوهُ وَهُمْ يَلْعَبُونَ
Maa- yaʹteehim miñ Ẓikrim mir Rabbihim muḥdas̤in ʹillas tamaʻoohu wa-hum yalʻaboon,
(އަދި މީސްތަކުންގެގާތަށް) އެމީހުންގެ ربّ ގެ حضرة ން އެއްވެސް ذِكر އެއް އައިސް (އެބަހީ: قرآن ގެ އެއްވެސް އާޔަތެއް އައިސް) އެމީހުން އެއަހައިފިއްޔާ އެޔާމެދު ކުޅޭކުޅޭ ގޮތެއްގައި މެނުވީ އެމީހުން عمل ނުކުރެއެވެ. (އެބަހީ: އާޔަތެއް ބާވައިލެއްވި ކޮންމެހިނދެއްގައި އެމީހުން އެއާޔަތަކާމެދު ކުޅިވަރުގޮތެއްގައި ހަދައިލައެވެ.)
-
21:3
لَاهِيَةً قُلُوبُهُمْ ۗ وَأَسَرُّوا۟ ٱلنَّجْوَى ٱلَّذِينَ ظَلَمُوا۟ هَلْ هَـٰذَآ إِلَّا بَشَرٌ مِّثْلُكُمْ ۖ أَفَتَأْتُونَ ٱلسِّحْرَ وَأَنتُمْ تُبْصِرُونَ
Laahiyatañ q̣uloobuhum. Wa-ʹasarrun najwal laẓeena z̤̣alamoo hal haaẓaaa ʹillaa basharum mis̤lukum? ʹAfataʹtoonas siḥra wa-ʹañtum tubṣiroon?
އެމީހުންގެ ހިތްތައްވަނީ މުޅިން غافل ވެގެންނެވެ. އަދި (އެއާޔަތެއް ދޮގުކުރުމަށް) އެމީހުން ސިއްރު ޖަލްސާކޮށްހަދައެވެ. އެބަހީ: އެ مشرك ން ނުބައިގޮތްތައް ރާވާ ސިއްރު ޖަލްސާ ކުރިއެވެ. އަދި އެމީހުން ބުނެއެވެ. މި رسول އަކީ މިއީ ހަމަ ކަލޭމެންފަދަ آدم ގެ ދަރިއެއްކަމުގައިމެނުވީ ނުވެއެވެ. އެހެންކަމަށްވާއިރު އެކަލޭގެފާނު ގެނަސްގެން އެއުޅޭ އެއްޗަކީ سحر އެކެވެ. ކަލޭމެން ތަންދޮރު އެނގޭ حال އެ سحر އާ ދިމާއަށް ދަނީހެއްޔެވެ؟ އެޔާ تبع ވަނީހެއްޔެވެ؟ (މިއީ މިމީހުން އެއްބަޔަކު އަނެއްބަޔަކަށް ބުނާބުނުމެވެ. އެމީހުން އެބުނަނީ قرآن އަކީ سحر އެއްކަމުގައެވެ.)
-
21:4
قَالَ رَبِّى يَعْلَمُ ٱلْقَوْلَ فِى ٱلسَّمَآءِ وَٱلْأَرْضِ ۖ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ
Q̣aala Rabbee yaʻlamul Q̣awla fis samaaaʹi wal-ʹarḍ: wa-Huwas Sameeʻul ʻAleem.
އެކަލޭގެފާނު يعني: محمّد ﷺ ވިދާޅުވިއެވެ. ތިމަންކަލޭގެފާނުންގެ ربّ އުޑާއި ބިމުގައިވެސް (ކޮންމެތާކު ކޮންމެބަހަކުން ކޮންމެމީހަކު) ބުނާ ކޮންމެބަހެއްވެސް ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
-
21:5
بَلْ قَالُوٓا۟ أَضْغَـٰثُ أَحْلَـٰمٍۭ بَلِ ٱفْتَرَىٰهُ بَلْ هُوَ شَاعِرٌ فَلْيَأْتِنَا بِـَٔايَةٍ كَمَآ أُرْسِلَ ٱلْأَوَّلُونَ
Bal q̣aalooo ʹaḍg̣aas̤u ʹaḥlaamim bal iftaraahu bal huwa shaaʻir! fal-yaʹtinaa biʹAayatiñ kamaaa ʹursilal ʹawwaloon!
އަދި ކިޔެއްހެއްޔެވެ؟ އެ مشرك ންގެ މީހުން ބުންޏެވެ. محمّد ގެފާނު އެދައްކަވާ ވާހަކައަކީ އެބަހީ: ކީރިތި قرآن އަކީ - އެއްވެސް އަސްލެއްވަސްލެއްނެތް - تفسير ނުކުރެވޭޒާތުގެ ބޭކާރު ހުވަފެނުގެ ވާހަކަތަކެކެވެ. އަދި ކިއެއްހެއްޔެވެ؟ އޭގެތެރެއިން އަނެއްބަޔަކު ބުނީ އެ قرآن އަކީ އެކަލޭގެފާނު އަމިއްލަފުޅަށް ހައްދަވައިގެން އުޅުއްވާ ދޮގުވާހަކަތަކެކެވެ. އަދި އަނެއްބަޔަކު ބުނީ އަދި ކިއެއްހެއްޔެވެ؟ އެއީ ޅެމެކެވެ. އެކަލޭގެފާނަކީ ޅެންވެރިއެކެވެ. (އަދި މިނޫންވެސް ގޮތްގޮތަށް އެމީހުން ކިޔެވެ....) އަދި އެމީހުން ބުންޏެވެ. އިހުޒަމާނުގެ رَسُول ން ގެންނެވިކަހަލަ معجزة އެއް އެކަލޭގެފާނު އަހުރެމެންނަށް ގެނަސްނުދެއްވީ ކީއްވެގެންބާވައެވެ؟ އެފަދަ معجزة އެއް ގެނެސްދެއްވި ނަމައެވެ. (އެއީ موسى ގެފާނުންގެ އަސާކޮޅު - صالح ގެފާނުންގެ جمل ކޮޅު - އަދި عيسى ގެފާނުން މަރުވިމީހުން ދިރުއްވުންކަހަލަ معجزة އެވެ. ދެންފަހެ މިބައިމީހުންގެ މިބަހުގެ جواب ގައި ﷲ އެ އަންގަވަނީ....)
-
21:6
مَآ ءَامَنَتْ قَبْلَهُم مِّن قَرْيَةٍ أَهْلَكْنَـٰهَآ ۖ أَفَهُمْ يُؤْمِنُونَ
Maaa ʹaamanat q̣ablahum miñ q̣aryatin ʹahlaknaahaa: ʹa-fahum yuʹminoon?
(އެފަދަ معجزة އަށް އެދި އެ معجزة ގެންނަވައި އީމާންނުވެގެން ތިމަންރަސްކަލާނގެ ހަލާކުކުރެއްވި އިހުގެ އެއްވެސް أمّة އެއްގެމީހުން އެ معجزة ގެންނެވުމަކުން ވަކި إيمان އެއްނުވިއެވެ. މި أمّة ގެ މީހުން ފަހެ إيمان ވާނޭހެއްޔެވެ؟
-
21:7
وَمَآ أَرْسَلْنَا قَبْلَكَ إِلَّا رِجَالًا نُّوحِىٓ إِلَيْهِمْ ۖ فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ
Wa-maaa ʹarsalnaa q̣ablaka ʹillaa rijaalan nooḥeee ʹilayhim fasʹalooo ʹAhlaẓ Ẓikri ʹiñ kuñtum laa- taʻlamoon.
(އަދި އޭ رسول ﷲ އެވެ.) ކަލޭގެފާނުންގެ ކުރީގައިވެސް ހަމަ ފިރިހެނުން މެނުވީ ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވާފައި ނުވާނެއެވެ. ތިމަންރަސްކަލާނގެ އެބޭކަލުންނަށް ބަސްފުޅު وحي ކުރެއްވީއެވެ. އޭމިތިބަ مشرك ންނޭވެ. ތިޔަބައިމީހުންނަށް ނޭނގެންޏާ ذِكْرُ ގެ أهل ވެރިންކުރެން ނިކަން އަހައިބަލާށެވެ. (އެބަހީ: އިހުގެ ފޮތްފޮތްކަމުގައިވާ توراة އާއި إنْجِيل ގެ أهل ވެރިންކުރެން އަހައިބަލާށެވެ. އެމީހުންގެ ފޮތްތަކުގައިވެސް އެވާހަކަ ވާނެއެވެ.)
-
21:8
وَمَا جَعَلْنَـٰهُمْ جَسَدًا لَّا يَأْكُلُونَ ٱلطَّعَامَ وَمَا كَانُوا۟ خَـٰلِدِينَ
Wa-maa jaʻalnaahum jasadal laa yaʹkuloonaṭ ṭaʻaama wa-maa kaanoo khaalideen.
އަދި އެބޭބޭކަލުންނަކީ ކާއެއްޗެއް ފަރީނުކުޅުއްވާ ހަމަ ހުސްހަށިގަނޑުތަކެއްކަމުގައި ތިމަންރަސްކަލާނގެ ނުލައްވަމެވެ. (އެބަހީ: އެބޭކަލުންނަކީ ހަމަ ކައިބޮއިހައްދަވާ ފިރިހެނުންނެވެ.) އަދި އެބޭކަލުންނަކީ އަވަހާރަނުވެ ދެމިތިއްބަވާ ބޭކަލުންކަމުގައިވެސް ތިމަންރަސްކަލާނގެ އެބޭކަލުން ނުލައްވަމެވެ. (އެބަހީ: އެބޭކަލުންނަކީ ހަމަ އަވަހާރަވެސްވާ ބޭކަލުންނެވެ.)
-
21:9
ثُمَّ صَدَقْنَـٰهُمُ ٱلْوَعْدَ فَأَنجَيْنَـٰهُمْ وَمَن نَّشَآءُ وَأَهْلَكْنَا ٱلْمُسْرِفِينَ
S̤umma ṣadaq̣naahumul waʻda faʹañjaynaahum wa-man nashaaaʹu wa-ʹahlaknal musrifeen.
ދެން ތިމަންރަސްކަލާނގެ އެބޭކަލުންނަށް ކުރެއްވި وَعْدُ ފުޅު އެބޭކަލުންނަށް ތެދުކޮށް ދެއްވީމެވެ. (އެއީ إيمان ނުވި މީހުން ހަލާކުކުރައްވައި އެބޭކަލުންނަށް نصر ދެއްވުމުގެ وعد ފުޅެވެ.) ފަހެ ތިމަންރަސްކަލާނގެ އެބޭކަލުން ސަލާމަތްކުރެއްވީމެވެ. އަދިވެސް ތިމަންރަސްކަލާނގެ އެދިވޮޑިގެންނެވިބަޔަކު ސަލާމަތްކުރެއްވީމެވެ. އެއަށްފަހު (ކާފަރުކަމާ އުރެދުމުގައި) ހައްދުފަހަނައަޅާފައިވާ މީހުން ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ. (ކޮންމެ أمّة އަކަށްވެސް ވީ ހަމަ އެހެންނެވެ.)
-
21:10
لَقَدْ أَنزَلْنَآ إِلَيْكُمْ كِتَـٰبًا فِيهِ ذِكْرُكُمْ ۖ أَفَلَا تَعْقِلُونَ
Laq̣ad ʹañzalnaaa ʹilaykum Kitaabañ feehi Ẓikrukum: ʹafalaa taʻq̣iloon?
އަދި ހަމަކަށަވަރުން (އޭ قريش ންނޭވެ.) ތިޔަބައިމީހުންގެ ذِكْرُ ބަޔާންވެގެންވާ ފޮތެއް ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބާވައިލެއްވީމެވެ. (މިއާޔަތުގައި މިވާ ذكر އަކީ މާތްކަމާއި شرف ވެރިކަމާއި أخلاق ގެ މާތްކަމާއި مَحَاسِنُ އެވެ. ބާވައިލެއްވިފޮތަކީ އެއީ ކީރިތި قرآن އެވެ.) މިކަންކަމާއިމެދު ތިޔަބައިމީހުން ފަހެ ވިސްނާ فكر ނުކުރާނޭހެއްޔެވެ؟ ވިސްނާ فكر ކުރަންވާނެއެވެ.
-
21:11
وَكَمْ قَصَمْنَا مِن قَرْيَةٍ كَانَتْ ظَالِمَةً وَأَنشَأْنَا بَعْدَهَا قَوْمًا ءَاخَرِينَ
Wa-kam q̣aṣamnaa miñ q̣aryatiñ kaanat z̤̣aalimatañw wa-ʹañshaʹnaa baʻdahaa q̣awman ʹaakhareen?
އަދި އަނިޔާވެރިންކަމުގައި އެރަށްރަށުގެ أَهْلُ ވެރިންވުމުން (އެބަހީ: ކާފަރުންކަމުގައިވުމުން) ތިމަންރަސްކަލާނގެ ވަރަށްގިނަ ރަށްރަށް ހަލާކު ކުރައްވައި ބަރުބާދުކުރެއްވީމެވެ. އަދި އެރަށްރަށް ހަލާކުކުރެއްވުމަށްފަހު ދެން ތިމަންރަސްކަލާނގެ އެހެން قوم އެއް އުފެއްދެވީމެވެ.
-
21:12
فَلَمَّآ أَحَسُّوا۟ بَأْسَنَآ إِذَا هُم مِّنْهَا يَرْكُضُونَ
Falammaaa ʹaḥassoo baʹsanaaa ʹiẓaa hum minhaa yarkuḍoon.
ދެންފަހެ އެމީހުންނަށް (އެބަހީ: رَسُولُ ބޭކަލުން ދޮގުކޮށް ﷲ އަށް إيمان ނުވިމީހުންނަށް) ތިމަންރަސްކަލާނގެ عَذَاب ގެ إحْسَاس ވީހިނދުން / (އެނގުނުހިނދުން) އެމީހުން އެރަށުން ދުވެފިލަން ދާންފަށައިފިއެވެ.
-
21:13
لَا تَرْكُضُوا۟ وَٱرْجِعُوٓا۟ إِلَىٰ مَآ أُتْرِفْتُمْ فِيهِ وَمَسَـٰكِنِكُمْ لَعَلَّكُمْ تُسْـَٔلُونَ
Laa- tarkuḍoo warjiʻooo ʹilaa maaa ʹutriftum feehi wa-masaakinikum laʻallakum tusʹaloon.
(އެހިނދު އެމީހުންނަށް އެންގެވުނެވެ.) ކަލޭމެން ފިލަން ނުދުވާށެވެ. އަދި އެ އެއްޗެއްގައި ކަލޭމެން ބޮޑާވެ ކާފަރުވީ އެއްޗަށް އެބަހީ: އެ نعمة ތަކަށް ކަލޭމެން رجوع ވާށެވެ. (އޭގައި މަޖާނަގާށެވެ.) އަދި ކަލޭމެންގެ ގޯތިގެދޮރުތަކަށްދާށެވެ. ކަލޭމެންނަށް ސުވާލުކުރެވުމުގެ مقصد ގައެވެ.
-
21:14
قَالُوا۟ يَـٰوَيْلَنَآ إِنَّا كُنَّا ظَـٰلِمِينَ
Q̣aaloo yaa-waylanaaa ʹinnaa kunnaa z̤̣aalimeen!
އެމީހުން ދަންނަވައެވެ. އޭ އަހުރެމެންގެ މައްޗަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ. ހަމަކަށަވަރުން އަހުރެމެން ވީ އަނިޔާވެރިންކަމުގައެވެ. مشرك ންކަމުގައެވެ.
-
21:15
فَمَا زَالَت تِّلْكَ دَعْوَىٰهُمْ حَتَّىٰ جَعَلْنَـٰهُمْ حَصِيدًا خَـٰمِدِينَ
Famaa zaalat tilka daʻwaahum ḥattaa jaʻalnaahum ḥaṣeedan khaamideen.
ފަހެ އެމީހުންގެ އެގޮވުން يعني: " އޭ އަހުރެމެންގެ މައްޗަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ." މިހެން ގޮވާގޮވުން ތިމަންރަސްކަލާނގެ އެމީހުން މަރުވެ ތަންޑާވެގެންވާ ބަޔަކުކަމުގައި ލައްވައިފުމަށް ދާނދެން ފިލައިނުދާނެއެވެ. އެބަހީ: އެމީހުން އެ عَذَاب ގައި މަރުވެއްޖައުމަށް ދާންދެން އެހެން ގޮވަގޮވަތިބޭނެއެވެ.
-
21:16
وَمَا خَلَقْنَا ٱلسَّمَآءَ وَٱلْأَرْضَ وَمَا بَيْنَهُمَا لَـٰعِبِينَ
Wa-maa khalaq̣nas samaaaʹa wal-ʹarḍa wa-maa baynahumaa laaʻibeen!
އަދި އުޑާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެތި ބޭކާރު އަދި ކުޅިވަރުގޮތެއްގައި ނުވަތަ باطل ގޮތެއްގައި ތިމަންރަސްކަލާނގެ ނުހައްދަވަމެވެ. (އެބަހީ: އެތަކެތި ހެއްދެވުމުގައި ވަރަށްބޮޑެތި حكمة ތަކެއް އެކަލާނގެ ލައްވާފައިވެއެވެ.)
-
21:17
لَوْ أَرَدْنَآ أَن نَّتَّخِذَ لَهْوًا لَّٱتَّخَذْنَـٰهُ مِن لَّدُنَّآ إِن كُنَّا فَـٰعِلِينَ
Law ʹaradnaaa ʹan nattakhiẓa lahwal lat-takhaẓnaahu mil ladunnaaa ʹiñ kunnaa faaʻileen!
ތިމަންރަސްކަލާނގެ އަނބިކަނބަލަކު ނުވަތަ ދަރިކަލަކު إختيار ކުރެއްވުމަށް އިރާދަކުރައްވަނީނަމަ ތިމަންރަސްކަލާނގެ حضرة ން އަނބިކަނބަލަކު އަދި ދަރިކަލަކު إختيار ކުރައްވައިފީހެވެ. ތިމަންރަސްކަލާނގެއީ އެފަދަކަމެއް ކުރައްވާނޭ ކަލަކުކަމުގައި ނުވެއެވެ.
-
21:18
بَلْ نَقْذِفُ بِٱلْحَقِّ عَلَى ٱلْبَـٰطِلِ فَيَدْمَغُهُۥ فَإِذَا هُوَ زَاهِقٌ ۚ وَلَكُمُ ٱلْوَيْلُ مِمَّا تَصِفُونَ
Bal naq̣ẓifu bil-Ḥaq̣q̣i ʻalal baaṭili fayadmag̣uhoo faʹiẓaa huwa zaahiq̣! Wa-lakumul waylu mimmaa taṣifoon.
އަދި ކިއެއްހެއްޔެވެ؟ ތިމަންރަސްކަލާނގެ بَاطل ގެމައްޗަށް حقّ އެއްލަމެވެ. (އެބަހީ: ތިމަންރަސްކަލާނގެ حقّ ފޮތް ކީރިތި قرآن كافر ކަމާއި އެކަމުގެ أهل ވެރިންގެމައްޗަށް ބާވައިލައްވަމެވެ.) ދެންފަހެ އެ باطل ކަން މުޅިން އެކަށް ހަލާކުވެގެންދެއެވެ. (އެއީ ކަނޑިއެތިފަހަރަކުން ބޮލުގައިޖެހީމާ ބޯފަޅައިގެންގޮސް ސިކުނޑިޔާއެކު ކެފިގެންދާފަދަ ގޮތަށެވެ.) އެހައިރުން ދެން އެ باطل މުޅިން ފިލައިގެން ނެތިވެދެއެވެ. އަދިކަލޭމެން ﷲ އަށް ތިޔަ ސިފަކުރާ ކަންތައްތަކުން ކަލޭމެންނަށް ނަރަކައިގެ ގަދަ عذاب ހުއްޓެވެ. މިއާޔަތުން މިރައްދުކުރައްވަނީ ބުދުތަކަކީ ނުވަތަ މަލާއިކަތް ބޭކަލުންނަކީ ﷲ ގެ ދަރިންކަމުގައި ބުނާބައެއްގެމައްޗަށެވެ. تَعالَ ﷲُ عَنْ ذالِكَ علوًا كَبِيْرًا.
-
21:19
وَلَهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَمَنْ عِندَهُۥ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِۦ وَلَا يَسْتَحْسِرُونَ
Wa-lahoo mañ fis samaawaati wal-ʹarḍ: wa-man ʻiñdahoo laa- yastakbiroona ʻan ʻibaadatihee wa-laa yastaḥsiroon.
އަދި އުޑުތަކާއި ބިމުގައިވާހާބަޔަކު مِلْكُ ވެ خاصّ ވެގެންވަނީ ހަމައެކަލާނގެއަށެވެ. އަދި އެކަލާނގެ حضرة ގައިވާ ބޭކަލުން - އެބަހީ: مَلَكُوتِيَّ عَالَمْ ގައިވާ ބޭކަލުން - يعني: ملائكة ބޭކަލުން އެކަލާނގެއަށް އަޅުކަންކުރެއްވުމުން ބޮޑާވެ كبر ވެރިވެވަޑައި ނުގަންނަވައެވެ. އަދި އެބޭކަލުން ވަރުބަލިފުޅުވެވަޑައި ނުގަންނަވައެވެ.
-
21:20
يُسَبِّحُونَ ٱلَّيْلَ وَٱلنَّهَارَ لَا يَفْتُرُونَ
Yusabbiḥoonal layla wannahaara laa- yafturoon.
ރޭގަނޑާއި ދުވާލު އެބޭކަލުން (ﷲ އަށް) تَسْبِيْحَ ވިދާޅުވެ އެކަލާނގެ ހުސް طاهر ވަންތަ ކުރައްވައެވެ. އަދި އެބޭކަލުން އެކަމުގައި ބަލިކަށިވެ ފޫހިފުޅު ނުވެއެވެ.
-
21:21
أَمِ ٱتَّخَذُوٓا۟ ءَالِهَةً مِّنَ ٱلْأَرْضِ هُمْ يُنشِرُونَ
ʹAmit takhaẓooo ʹaalihatam minal ʹarḍi hum yuñshiroon?
އަދި ކިއެއްހެއްޔެވެ؟ އެ مشرك ންގެމީހުން މީސްތަކުން މަރުވުމަށްފަހު އަލުން ދިރުވައިގެން محشر އަށް ފޮނުވާނޭ إله ންތަކެއް ބިމުން ހިފާ إختيار ކުރީހެއްޔެވެ؟ (އެހުރީއަކީ ވާނޭ ކަންތަކެއްނޫނެވެ.)
-
21:22
لَوْ كَانَ فِيهِمَآ ءَالِهَةٌ إِلَّا ٱللَّهُ لَفَسَدَتَا ۚ فَسُبْحَـٰنَ ٱللَّهِ رَبِّ ٱلْعَرْشِ عَمَّا يَصِفُونَ
Law kaana feehimaaa ʹaalihatun ʹillal laahu lafasadataa! Fa-Subḥaanal laahi Rabbil ʻArshi ʻammaa yaṣifoon!
އުޑުތަކާއި ބިމުގައި ﷲ ފިޔަވައި އެހެން إله އެއްވާނަމަ ހަމަކަށަވަރުން އެދެތަން ފާސިދުވެއްޖައީހެވެ. (އެގޮތަކީ އެއް إله އަކު އުޑާއި ބިމުގައި ކަންތައް ހިންގަވަން އެދޭގޮތަށް އަނެއް إله އަކު ނޭދޭނެއެވެ. އެއް إله އަކު އިރުމަތިފަރާތުން އިރުއަރުވާއިރަށް އަނެއް إله އަކަށް އެގޮތް ކަމުނުގޮސްގެން ހުޅަނގު ފަރާތުން އިރުއަރުވައިފާނެއެވެ. ދެން އޭގެ نظام ން ނެއްޓި ފާސިދުވެދާނެއެވެ. މިވެސް މިސާލެކެވެ.) އަދި އެމީހުން يعني: އެ مشرك ން އެސިފަކުރާ ކަންތައްތައް ފިޔަވައި ﷲ ހުސް طاهر ވެގެންވެއެވެ. އެއީ عرشى ގެ ވެރި ربّ އެވެ.
-
21:23
لَا يُسْـَٔلُ عَمَّا يَفْعَلُ وَهُمْ يُسْـَٔلُونَ
Laa- yusʹalu ʻammaa yafʻalu wa-hum yusʹaloon.
އެކަލާނގެ ހިންގަވާ އެއްވެސްކަމަކާމެދު އެކަލާނގެއާއި ސުވާލު ނުވެވޭނެއެވެ. (ސުވާލުކުރާނީ ކާކުހެއްޔެވެ؟ އެއީ خود مختار رَبّ العالمين އެވެ.) އެކަމަކު އެމީހުން އެބަހީ: އަޅުތަކުން - ކުރާކަންތަކާއިމެދު ސުވާލުވެވޭނެއެވެ. (ﷲ ސުވާލުކުރައްވާނެއެވެ.)
-
21:24
أَمِ ٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةً ۖ قُلْ هَاتُوا۟ بُرْهَـٰنَكُمْ ۖ هَـٰذَا ذِكْرُ مَن مَّعِىَ وَذِكْرُ مَن قَبْلِى ۗ بَلْ أَكْثَرُهُمْ لَا يَعْلَمُونَ ٱلْحَقَّ ۖ فَهُم مُّعْرِضُونَ
ʹAmit takhaẓoo miñ dooniheee ʹaalihah? Q̣ul haatoo burhaanakum: haaẓaa Ẓikru mam maʻiya wa-Ẓikru mañ q̣ablee Bal ʹaks̤aruhum laa- yaʻlamoonal Ḥaq̣q̣a fahum muʻriḍoon.
ނުވަތަ އެކަލާނގެ ފިޔަވައި އެމީހުން އެބަހީ: مشرك ން - إله ންތަކެއް ހިފާ إختيار ކުރީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެން ނިކަން އެކަމުގެމައްޗަށް - އެބަހީ: ﷲ ފިޔަވައި إله އަކު إختيار ކުރުން ހުއްދަވާނެކަމުގެމައްޗަށް - حجّة އާއި دليل ގެނަސްބަލާށެވެ. މި ކީރިތި قرآن އަކީ ތިމަންކަލޭގެފާނާއިއެކުގައިވާ މީހުންގެ ذكر ތަކަކާއި (يعني: خبر ތަކާއި) އަދި ތިމަންކަލޭގެފާނުންގެ ކުރީގެ މީހުންގެ خبر ތަކެވެ. (އެއިން އެއްވެސް أمّة އަކަށް ﷲ ފިޔަވައި އެހެން إله އަކު إختيار ކުރުމަށް ﷲ އެންގެވިތޯ ނިކަން އަހައިބަލާށެވެ. އެކަހަލަ އެންގެވުމެއް ނޯންނާނެއެވެ.) އަދި ކިއެއްހެއްޔެވެ؟ އެމީހުންކުރެ ގިނަމީހުންނަށް حقّ އެއް ނޭނގެއެވެ. ފަހެ އެމީހުން އެތިބެނީ (حقّ قبول ކުރުމަށް) ފުރަގަސްދީގެނެވެ.
-
21:25
وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِىٓ إِلَيْهِ أَنَّهُۥ لَآ إِلَـٰهَ إِلَّآ أَنَا۠ فَٱعْبُدُونِ
Wa-maaa ʹarsalnaa miñ q̣ablika mir rasoolin ʹillaa nooḥeee ʹilayhi ʹannahoo Laaa ʹilaaha ʹillaaa ʹAna faʻbudoon.
އަދި "ތިމަންރަސްކަލާނގެ ފިޔަވައި އަޅުކަންވެވުން حقّ إله އަކު ނުވެއޭ އެހެންވެ ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އެކަނި އަޅުކަންކުރާށޭ" މިހެން ނާންގަވާ އެއްވެސް رسول ބޭކަލެއް ކަލޭގެފާނުންގެ ކުރީގައިވެސް رسول ކަމާއިގެން ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ.
-
21:26
وَقَالُوا۟ ٱتَّخَذَ ٱلرَّحْمَـٰنُ وَلَدًا ۗ سُبْحَـٰنَهُۥ ۚ بَلْ عِبَادٌ مُّكْرَمُونَ
Wa-q̣aalut takhaẓar Raḥmaanu waladañ Subḥaanah! Bal ʻibaadum mukramoon.
އަދި އެމީހުން ބުންޏެވެ. رحمن ވަންތަ ﷲ ދަރިކަލަކު ހިތްޕަވައިފިއެވެ. إختيار ކުރައްވައިފިއެވެ. (އެމީހުން ބުނީ އެއީ ملائكة ބޭކަލުން ކަމަށެވެ. އޭގެ جواب ގައި ﷲ އެ އަންގަވަނީ) އެކަލާނގެ ހުސް طاهر ވަންތައެވެ. އަދި ކިއެއްހެއްޔެވެ؟ އެބޭކަލުންނަކީ މާތްކުރެވިގެންވާ ﷲ ގެ އަޅުންތަކެކެވެ. (ﷲ ގެ ދަރިންނެއް ނޫނެވެ.)
-
21:27
لَا يَسْبِقُونَهُۥ بِٱلْقَوْلِ وَهُم بِأَمْرِهِۦ يَعْمَلُونَ
Laa- yasbiq̣oonahoo bil-q̣awli wa-hum̃ biʹamrihee yaʻmaloon.
އެބޭކަލުން (އެބަހީ: ملائكة ބޭކަލުން) އެކަލާނގެއަށްވުރެ ކުރިން ބަސްފުޅު އިސްނުކުރައްވައެވެ. (އެބަހީ: ބަސްފުޅެއް وحي ކުރެއްވުމުގެ ކުރިން އިސްވެ ބަސްފުޅެއް ނުދަންނަވައެވެ.) އަދި އެބޭކަލުން ކަންތައްކުރައްވަނީ އެކަލާނގެ أمر ފުޅަށެވެ.
-
21:28
يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يَشْفَعُونَ إِلَّا لِمَنِ ٱرْتَضَىٰ وَهُم مِّنْ خَشْيَتِهِۦ مُشْفِقُونَ
Yaʻlamu maa- bayna ʹaydeehim wa-maa khalfahum wa-laa yashfaʻoona ʹillaa limanir taḍaa wa-hum min khashyatihee mushfiq̣oon.
އެބޭކަލުންގެ ކުރިމަތީގައިވާ ކަންތަކާއި އެބޭކަލުންގެ ފަހަތުގައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ. (އެބަހީ: އެބޭކަލުން ކުރައްވާ ފަހަތަށް ދޫކުރެއްވި ކަންތަކާއި އަދި ކުރައްވާނެ ކަންތައްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.) އަދި އެކަލާނގެ ރުހިވޮޑިގެންވާ އަޅަކަށް މެނުވީ އެބޭކަލުން شَفَاعة ތެރިވެވަޑައި ނުގަންނަވާނެއެވެ. އަދި އެބޭކަލުން ތިއްބަވަނީ އެކަލާނގެއަށް ބިރުން މުޅިން ފެންކަޅިވެގެންނެވެ.
-
21:29
۞ وَمَن يَقُلْ مِنْهُمْ إِنِّىٓ إِلَـٰهٌ مِّن دُونِهِۦ فَذَٰلِكَ نَجْزِيهِ جَهَنَّمَ ۚ كَذَٰلِكَ نَجْزِى ٱلظَّـٰلِمِينَ
Wa-mañy yaq̣ul minhum ʹinneee ʹilaahum miñ doonihee faẓaalika najzeehi Jahannam: Kaẓaalika najziz̤̣ z̤̣aalimeen.
އަދި ތިމަންނާއީ ﷲ ފިޔަވައި إله އެކޭ ވިދާޅުވީ އޭގެތެރެއިން ކޮންބޭކަލެއްހެއްޔެވެ؟ (އެއްބޭކަލަކުވެސް އެހެން ވިދާޅުނުވެއެވެ.) އަދި އެއްވެސް ބޭކަލަކު އެހެން ވިދާޅުވިނަމަ އެބޭކަލަކަށް ނަރަކައިގެ އަލިފާނުގެ ޖަޒާ ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަނިޔާވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
-
21:30
أَوَلَمْ يَرَ ٱلَّذِينَ كَفَرُوٓا۟ أَنَّ ٱلسَّمَـٰوَٰتِ وَٱلْأَرْضَ كَانَتَا رَتْقًا فَفَتَقْنَـٰهُمَا ۖ وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ
ʹAwalam yaral laẓeena kafarooo ʹannas samaawaati wal-ʹarḍa kaanataa ratq̣añ fafataq̣naahumaa? Wa-jaʻalnaa minal maaaʹi kulla shayʹin ḥayy. ʹAfalaa yuʹminoon?
އަދި އުޑުތަކާއި ބިން ވަކިނުވެ އެކަތިގަނޑަކަށް އޮތްކަން އެކާފަރުންގެ މީހުންނަކަށް ނޭނގޭބާވައެވެ. ދެންފަހެ ތިމަންރަސްކަލާނގެ އެދެއެތި ވަކިކުރައްވާ ދުރުކުރެއްވީމެވެ. (އުޑުއުފުއްލަވާ ބިން ތިރިކުރެއްވީމެވެ.) އަދި ފުރާނަހުރި ކޮންމެއެއްޗެއް - ބިމުގައި ދިރިއުޅޭ ކޮންމެއެއްޗެއް - ފެނުން ތިމަންރަސްކަލާނގެ ހެއްދެވީމެވެ. އެމީހުން ފަހެ ތެދުކޮށް إيمان ނުވާނޭ ބާވައެވެ. (އެބަހީ: ތިމަންރަސްކަލާނގެ إلهيّ ވަންތަކަން ތެދުކޮށް އެކަމަށް إيمان ނުވާނޭ ބާވައެވެ.
-
21:31
وَجَعَلْنَا فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجًا سُبُلًا لَّعَلَّهُمْ يَهْتَدُونَ
Wa-jaʻalnaa fil ʹarḍi rawaasiya ʹañ tameeda bihim wa-jaʻalnaa feehaa fijaajañ subulal laʻallahum yahtadoon.
އަދި ބިމުގައި ތިމަންރަސްކަލާނގެ ފަރުބަދަތައް ލެއްވީމެވެ. އެއީ މީސްތަކުންނާއިގެން އެބިންގަނޑު حركاة ކޮށް ތެޅިގަނެފާނެތީއެވެ. (ނުތެޅުމަށްޓަކައެވެ.) އަދި އެބިމުގައި ތިމަންރަސްކަލާނގެ علامة ތަކާއި މަގުތައްލެއްވީމެވެ. އެއީ މަގުހިނގާ އުޅުމުގައި ތެދުމަގު ލިބުމުގެ أمّيد ގައެވެ.
-
21:32
وَجَعَلْنَا ٱلسَّمَآءَ سَقْفًا مَّحْفُوظًا ۖ وَهُمْ عَنْ ءَايَـٰتِهَا مُعْرِضُونَ
Wa-jaʻalnas samaaaʹa saq̣fam maḥfooz̤̣aa: wa-hum ʻan ʹAayaatihaa muʻriḍoon!
އަދި އުޑު އެއީ (ބިންގަނޑަށްވާ) ރައްކާތެރި ފުރާޅެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި އެމީހުން އެވަނީ އުޑުގެ އެކިއެކި علامة ތަކާއިމެދު (يعني: އިރުހަނދާއި ތަރިތަކާއި މިބާވަތުގެ ތަކެއްޗާއިމެދު غافلވެ ފުރަގަސްދީގެންނެވެ.
-
21:33
وَهُوَ ٱلَّذِى خَلَقَ ٱلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّ فِى فَلَكٍ يَسْبَحُونَ
Wa-Huwal laẓee khalaq̣al Layla wan-Nahaara washshamsa wal-q̣amar: kulluñ fee falakiñy yasbaḥoon.
އަދި ރޭގަނޑާއި ދުވާލު ހެއްދެވީވެސް ހަމަ އެކަލާނގެއެވެ. އަދި އިރާއި ހަނދާއި މިހުރިހާ އެއްޗެއް ހެއްދެވީ ހަމަ އެކަލާނގެއެވެ. އެ ކޮންމެ އެއްޗެއް فَلَك އެއްގައި ފަތައެވެ. އެބަހީ: مَنْزِل އެއްގައި ދަތުރުކުރެއެވެ. (މިހުރީ ހައްތާވެސް ﷲ ގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމުގެ ދަލީލެވެ.)
-
21:34
وَمَا جَعَلْنَا لِبَشَرٍ مِّن قَبْلِكَ ٱلْخُلْدَ ۖ أَفَإِي۟ن مِّتَّ فَهُمُ ٱلْخَـٰلِدُونَ
Wa-maa jaʻalnaa libasharim miñ q̣ablikal khuld: ʹafa ʹimmitta fahumul khaalidoon?
އަދި އެއްވެސް އާދަމުގެދަރިއަކަށް ކަލޭގެފާނުންގެ ކުރީގައިވެސް (މިދުނިޔޭގައި މަރުނުވެ) ދެމިހުރުމެއް ތިމަންރަސްކަލާނގެ ނުލައްވަމެވެ. އަޅެފަހެ ކަލޭގެފާނު އަވަހާރަވެއްޖެއްޔާ އެމީހުން ފަހެ މަރުނުވެ ތިބޭނޭހެއްޔެވެ؟ (އެމީހުންވެސް މަރުވާނެއެވެ.)
-
21:35
كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ ۗ وَنَبْلُوكُم بِٱلشَّرِّ وَٱلْخَيْرِ فِتْنَةً ۖ وَإِلَيْنَا تُرْجَعُونَ
Kullu nafsiñ ẓaaaʹiq̣atul mawt: wa-nablookum̃ bishsharri walkhayri fitnah. Wa-ʹilaynaa turjaʻoon.
ކޮންމެ نفس އަކީވެސް މަރުގެރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި ހެޔޮކަންތަކުންނާއި އަދި ނުބައި ކަންތަކުން ތިމަންރަސްކަލާނގެ ކަލޭމެން إمتحان ކުރައްވާހުށީމެވެ. (އެބަހީ: ތަދުމަޑުކަން ޖައްސަވައިގެންނާއި އަދި ތިޔާގެކަން ޖައްސަވައިގެން إمتحان ކުރައްވާހުށީމެވެ.) އަދި ކަލޭމެން އެނބުރި رُجُوع ވާހުށީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ.
-
21:36
وَإِذَا رَءَاكَ ٱلَّذِينَ كَفَرُوٓا۟ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَـٰذَا ٱلَّذِى يَذْكُرُ ءَالِهَتَكُمْ وَهُم بِذِكْرِ ٱلرَّحْمَـٰنِ هُمْ كَـٰفِرُونَ
Wa-ʹiẓaa raʹaakal laẓeena kafarooo ʹiñy yattakhiẓoonaka ʹillaa huzuwaa. ʹAhaaẓal laẓee yaẓkuru ʹaalihatakum? Wa-hum̃ biẓikrir Raḥmaani hum kaafiroon!
(އޭ رسول ﷲ އެވެ!) އެކާފަރުންގެ މީހުންނަށް ކަލޭގެފާނު ފެނިއްޖެއްޔާ އެމީހުން ކަލޭގެފާނަށް މަލާމާތް ނޫނީ ނުކުރެއެވެ. (އަދި އެމީހުން ބުނެއެވެ.) އަހުރެމެންގެ إله ންތަކަށް ހުތުރު އެއްޗެތި ކިޔާ މީހާއަކީ މިއީހެއްޔެވެ؟ އަދި އެމީހުން އެވަނީ رحمن ވަންތަ ﷲ ގެ ނަންފުޅު ގަނެވިއްޖެއްޔާ ކާފަރުވެގެންވާ حال ގައެވެ. އެކަލާނގެއަށް ކާފަރުވެގެންނެވެ.
-
21:37
خُلِقَ ٱلْإِنسَـٰنُ مِنْ عَجَلٍ ۚ سَأُو۟رِيكُمْ ءَايَـٰتِى فَلَا تَسْتَعْجِلُونِ
Khuliq̣al ʹiñsaanu min ʻajal: saʹureekum ʹAayaatee falaa tastaʻjiloon!
އިންސާނާ ހެއްދެވިގެންވަނީ އަވަސްކަމުގެތެރެއިންނެވެ. (قُرِيْش ންވެސް އެމީހުންނަށް عذاب އަވަސްވުމަށް އެދުނީ ހަމަ އެބާބުގެތެރެއިންނެވެ.) ނިކަންހުރެ ތިމަންރަސްކަލާނގެ (عذاب އާއި ކޯފާ) ގެއާޔަތްތައް ކަލޭމެނަށް ދައްކަވާހުށީމެވެ. ފަހެ ކަލޭމެން އެކަން އަވަސްވުމަށް ނޭދޭ ހުށިކަމެވެ.
-
21:38
وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ
Wa-yaq̣ooloona mataa haaẓal waʻdu ʹiñ kuñtum ṣaadiq̣een?
އަދި އެމީހުން ބުނެއެވެ. ކަލޭމެން ތިޔަބުނާ ކަމެއް ތިޔަކުރާ وعد އެއްވާނީ ކޮންއިރަކުންހެއްޔެވެ. ކަލޭމެން (مؤمن ން) ތިޔަބުނަނީ ތެދެއްކަމުގައިވަންޏާ ނިކަން ބުނެބަލާށެވެ.
-
21:39
لَوْ يَعْلَمُ ٱلَّذِينَ كَفَرُوا۟ حِينَ لَا يَكُفُّونَ عَن وُجُوهِهِمُ ٱلنَّارَ وَلَا عَن ظُهُورِهِمْ وَلَا هُمْ يُنصَرُونَ
Law yaʻlamul laẓeena kafaroo ḥeena laa- yakuffoona ʻañw wujoohihimun Naara wa-laa ʻañ z̤̣uhoorihim wa-laa hum yuñṣaroon!
ކާފަރުންގެމީހުންނަށް އެމީހުންގެ މޫނުންނާއި އެމީހުންގެ ބުރަކަށިތަކުން ނަރަކައިގެ އަލިފާން ވަކިނުވެ ހިފާފައިވާތަން އެމީހުންނަށް ފެންނާނެނަމަ އެކަން އެނގޭނެނަމަ (އެމީހުން توبة ވެ إيمان ވުމަށް އަވަސްވީހެވެ.) (ނަމަވެސް ދެން އެދުވަހުން) އެމީހުންނަކީ نصر ލިބޭނެ ބަޔަކުކަމުގައި ނުވެއެވެ. އެއަލިފާން އެދުވަހުން އެމީހުންގައި ހިފާނެއެވެ.
-
21:40
بَلْ تَأْتِيهِم بَغْتَةً فَتَبْهَتُهُمْ فَلَا يَسْتَطِيعُونَ رَدَّهَا وَلَا هُمْ يُنظَرُونَ
Bal taʹteehim̃ bag̣tatañ fatabhatuhum falaa yastaṭeeʻoona raddahaa wa-laa hum yuñz̤̣aroon.
އަދި ކިއެއްހެއްޔެވެ؟ އެމީހުންގެ ގާތަށް އެކަން އަންނާނީ (އެބަހީ: އެނަރަކައިގެ އަލިފާން / ނުވަތަ قيامة ވުން އަންނާނީ) ހަމަ ކުއްލިއަކަށެވެ. އެހައިރުން އެމީހުން އެއަލިފާނުން ނިވައިކޮށްލާހުއްޓެވެ. ނުވަތަ حيران ކޮށްލާހުއްޓެވެ. ފަހެ އެމީހުންނަށް އެއަލިފާން ދުރުކޮށް ރައްދުކޮށްލާކަށް ކުޅަދާނަވެގެން ނުވާނެއެވެ. އަދި އެމީހުންނަށް މުހުލަތު ނުދެވޭހުއްޓެވެ. ތަންވަޅު ނުލިބޭހުއްޓެވެ.
-
21:41
وَلَقَدِ ٱسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَحَاقَ بِٱلَّذِينَ سَخِرُوا۟ مِنْهُم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ
Wa-laq̣adis tuhziʹa birusulim miñ q̣ablika faḥaaq̣a billaẓeena sakhiroo minhum maa kaanoo bihee yastahziʹoon.
(އޭ رسول ﷲ އެވެ!) އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ ކުރީގައި ފޮނުވުނު رَسُول ބޭކަލުންނާއި މެދުވެސް މަލާމާތްކުރެވި ފުރައްސާރަ ކުރެވުނެވެ. ދެންފަހެ އެމީހުންކުރެ އެބަހީ: އެ مشرك ންކުރެ އެ رسول ބޭކަލުންނަށް މަލާމާތްކޮށް ފުރައްސާރަކުރި މީހުންނަށް އެމީހުން އެމަލާމާތްކޮށް ފުރައްސާރަކުރި ކަންތައް ވަށައިލައިފިއެވެ. އެބަހީ: އެ عذاب އެމީހުން ވަށައިލައިފިއެވެ. ދުނިޔެމަތީގައިވެސް އެމީހުން އީމާން ނުވުމުގެ ސަބަބުން އެ أمّة ތަކުގެ ކާފަރުން ހަލާކުވެދިޔައީއެވެ. (މި أمّة ގެމީހުން އެކަންކަމުން عبرة حاصل ކުރާހުށިކަމެވެ.)
-
21:42
قُلْ مَن يَكْلَؤُكُم بِٱلَّيْلِ وَٱلنَّهَارِ مِنَ ٱلرَّحْمَـٰنِ ۗ بَلْ هُمْ عَن ذِكْرِ رَبِّهِم مُّعْرِضُونَ
Q̣ul mañy yaklaʹukum̃ billayli wannahaari minar Raḥmaan? Bal hum ʻañ ẓikri Rabbihim muʻriḍoon.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. رحمن ވަންތަ ﷲ ގެ حضرة ން (عذاب އެއް އަތުވެއްޖެއްޔާ) ރޭގަނޑާއި ދުވާލުގެ ވަގުތުތަކުގައި (އަދި ހުރިހާ ވަގުތެއްގައިވެސް) ކަލޭމެން ރައްކާތެރިކޮށް ބަލަހައްޓާނީ ކާކުހެއްޔެވެ؟ އަދި ކިއެއްހެއްޔެވެ؟ އެމީހުން އެވަނީ رحمن ވަންތަ ﷲ ގެوعظ އާއި نصيحة ން މޫނު އަނބުރާލައި ފުރަގަސްދީގެންނެވެ.
-
21:43
أَمْ لَهُمْ ءَالِهَةٌ تَمْنَعُهُم مِّن دُونِنَا ۚ لَا يَسْتَطِيعُونَ نَصْرَ أَنفُسِهِمْ وَلَا هُم مِّنَّا يُصْحَبُونَ
ʹAm lahum ʹaalihatuñ tamnaʻuhum miñ dooninaa? Laa- yastaṭeeʻoona naṣra ʹañfusihim wa-laa hum minnaa yuṣ-ḥaboon.
ތިމަންރަސްކަލާނގެ ފިޔަވައި ތިމަންރަސްކަލާނގެ عذاب ން އެމީހުން މަނާކޮށް ސަލާމަތްކުރާނޭ إله ންތަކެއް އެމީހުންނަށް (އެ مشرك ންނަށް) ފަހެ ވަނީހެއްޔެވެ؟ (ނުވެއެވެ.) އަދި ކިއެއްހެއްޔެވެ؟ އެތަކެތީގެ އަމިއްލަ نفس ތަކަށް نصر އެއް ދިނުމަށް ވިޔަސް އެތަކެއްޗަށް ކުޅަދާނަ ނުވެއެވެ. އަދި ތިމަންރަސްކަލާނގެ ރަސްކަންފުޅުގެ ފަރާތުން نصر އެއް ލިބި ރައްކާތެރިކަމެއް ލިބޭނޭ ތަކެތިކަމުގައި އެތަކެތި ނުވެއެވެ.
-
21:44
بَلْ مَتَّعْنَا هَـٰٓؤُلَآءِ وَءَابَآءَهُمْ حَتَّىٰ طَالَ عَلَيْهِمُ ٱلْعُمُرُ ۗ أَفَلَا يَرَوْنَ أَنَّا نَأْتِى ٱلْأَرْضَ نَنقُصُهَا مِنْ أَطْرَافِهَآ ۚ أَفَهُمُ ٱلْغَـٰلِبُونَ
Bal mattaʻnaa haaaʹulaaaʹi wa-ʹaabaaaʹahum ḥattaa ṭaala ʻalayhimul ʻumur; ʹafalaa yarawna ʹannaa naʹtil ʹarḍa nañq̣uṣuhaa min ʹaṭraafihaa? ʹAfahumul g̣aaliboon?
އަދި ކިޔެއްހެއްޔެވެ؟ މި مكّة ގެ أهلم ވެރިންނަށާއި އަދި އެމީހުންގެ އިސްވެދިޔަ ކާބަފައިންނަށް ތިމަންރަސްކަލާނގެ ތަންވަޅުދެއްވާ އަދި ދުނިޔޭގައި އުޅެވޭނެގޮތުގެ نعمة ދެއްވާހެއްދެވީމެވެ. އެއީ އެމީހުންގެ عمر ދިގުވެ مُدّة ދިގުވެއްޖައުމަށްދާންދެންނެވެ. ބިންގަނޑުގެ އެކިއެކި ފަރާތްފަރާތުން ތިމަންރަސްކަލާނގެ މަދުކުރައްވާ އުނިކުރައްވާކަން އެމީހުންނަށް ފަހެ ނޭނގޭބާވައެވެ؟ އެމީހުން ފަހެ (ތިމަންރަސްކަލާނގެއަށްވުރެ ނުވަތަ محمّد ﷺ އަށްވުރެ) ވަކިން ގަދަވާނޭ ބަޔަކުކަމުގައި ވާނޭހެއްޔެވެ؟ (ނުވާނެއެވެ.)
-
21:45
قُلْ إِنَّمَآ أُنذِرُكُم بِٱلْوَحْىِ ۚ وَلَا يَسْمَعُ ٱلصُّمُّ ٱلدُّعَآءَ إِذَا مَا يُنذَرُونَ
Q̣ul ʹinnamaaa ʹuñẓirukum̃ bilwaḥyi wa-laa yasmaʻuṣ ṣummud duʻaaaʹa ʹiẓaa maa- yuñẓaroon.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެނަށް މި إنذار ކުރައްވަނީ وحي އިންނެވެ. މި قرآن ންނެވެ. އަދި މިގޮވާލުމުގެ އަޑު ބީރުމީހުން ނުއަހައެވެ. އެމީހުންނަކަށް ނީވޭނެއެވެ. (އެބަހީ: ކާފަރުކަމުން ހިތުގެއިވުން ބީރުވެފައިވާ ބަޔަކަށް نصيحة އާއި وعظ ދިނަސް) އެމީހުންނަށް އިންޒާރުކުރެވުނަސް އޭގެ މަންފާ ނުކުރާނެއެވެ. އޭގެ އަޑުނުއަހާނެއެވެ.
-
21:46
وَلَئِن مَّسَّتْهُمْ نَفْحَةٌ مِّنْ عَذَابِ رَبِّكَ لَيَقُولُنَّ يَـٰوَيْلَنَآ إِنَّا كُنَّا ظَـٰلِمِينَ
Wa-laʹim massathum nafḥatum min ʻAẓaabi Rabbika layaq̣oolunna yaawaylanaaa ʹinnaa kunnaa z̤̣aalimeen!
(އޭ ر سول ﷲ އެވެ!) ކަލޭގެފާނުންގެ رَبُّ ގެ عذاب ގެ މިންވަރެއް އެމީހުންނަށް ދިމާވެއްޖެއްޔާ ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އޭ އަހުރެމެންގެމައްޗަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން އަހުރެމެން މިވަނީ އަނިޔާވެރިންކަމުގައެވެ.
-
21:47
وَنَضَعُ ٱلْمَوَٰزِينَ ٱلْقِسْطَ لِيَوْمِ ٱلْقِيَـٰمَةِ فَلَا تُظْلَمُ نَفْسٌ شَيْـًٔا ۖ وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا ۗ وَكَفَىٰ بِنَا حَـٰسِبِينَ
Wa-naḍaʻul mawaazeenal q̣isṭa li-Yawmil Q̣iyaamati falaa tuz̤̣lamu nafsuñ shayʹaa. Wa-ʹiñ kaana mis̤q̣aala ḥabbatim min khardalin ʹataynaa bihaa: wa-kafaa binaa ḥaasibeen.
އަދި قيامة ދުވަހުން ތިމަންރަސްކަލާނގެ عدل ވެރިކަމުގެ مِيْزَان ބަހައްޓަވާ ހުށީމެވެ. ފަހެ އެއްވެސް نفس އަކަށް އެއްވެސް މިންވަރެއްގެ އަނިޔާއެއް ނުލިބޭނެއެވެ. (އަދި ކޮށްފައިވާ عمل އަކީ) ރެވިއޮއްޓަރެއްގެ ބަރުދަނުގެ މިންވަރެއްކަމުގައިވިޔަސް (ހެވަސް ނުބަޔަސް) ތިމަންރަސްކަލާނގެ އެއެއްޗެއް ގެންނަވާ ހިސާބުކުރައްވާހުށީމެވެ. އަދި ހިސާބުކުރައްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ފުދިވޮޑިގެންވެއެވެ.
-
21:48
وَلَقَدْ ءَاتَيْنَا مُوسَىٰ وَهَـٰرُونَ ٱلْفُرْقَانَ وَضِيَآءً وَذِكْرًا لِّلْمُتَّقِينَ
Wa-laq̣ad ʹaataynaa Moosaa wa-Haaroonal Furq̣aana wa-Ḍiyaaaʹañw wa-Ẓikral lil-Muttaq̣een,
އަދި ހަމަކަށަވަރުން موسى އާއި هَارُون އާއި (عليهما السّلام) ދެކަލުންނަށް حَقُّ ވަކިކުރާނެ حجّة އާއި دليل ތިމަންރަސްކަލާނގެ ދެއްވީމެވެ. (އެއީ عَداوة ތެރިންގެމައްޗަށް ގަދަވެގަތުމުގެ حقّ ދަލީލެވެ.) އަދި ދީނުގެ حكم ތަކަށް އަލިކޮށްދޭ ފޮތް توراة އާއި އަދި تقوى ވެރިންނަށް وعظ އާއި نصيحة ވެސް ތިމަންރަސްކަލާނގެ އެދެކަލުންނަށް ދެއްވީމެވެ.
-
21:49
ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ وَهُم مِّنَ ٱلسَّاعَةِ مُشْفِقُونَ
ʹAllaẓeena yakhshawna Rabbahum̃ bilg̣aybi wa-hum minas Saaʻati mushfiq̣oon.
އެމީހުންނަކީ - އެބަހީ: އެ تقوى ވެރިންނަކީ - غَيْبُ ގައިވާ އެބައިމީހުންގެ رَبّ އަށް ބިރުވެތިވާ މީހުންނެވެ. އަދި ކަނޑައެޅިގެން އެބައިމީހުންނަކީ آخرة ދުވަހަށް ބިރުވެތިވެ ފެންކަޅިވެގެންވާ މީހުންނެވެ.
-
21:50
وَهَـٰذَا ذِكْرٌ مُّبَارَكٌ أَنزَلْنَـٰهُ ۚ أَفَأَنتُمْ لَهُۥ مُنكِرُونَ
Wa-haaẓaa Ẓikrum Mubaarakun ʹañzalnaah: ʹa-faʹañtum lahoo muñkiroon.
އަދި މި قرآن އަކީ بَرَكاَة ތެރިވެގެންވާ ذِكْرُ އެކެވެ. وعظ އާއި نصيحة އެކެވެ. ހަނދާންކޮށްދިނުމެކެވެ. އެފޮތް (محمّد ﷺ ގެ މައްޗަށް) ބާވައިލެއްވީ ތިމަންރަސްކަލާނގެއެވެ. އަޅެފަހެ ކަލޭމެން ތިޔަވަނީ އެފޮތަށް ނުރުހިގެންހެއްޔެވެ؟ إنكار ކޮށްކޮށް ހެއްޔެވެ؟
-
21:51
۞ وَلَقَدْ ءَاتَيْنَآ إِبْرَٰهِيمَ رُشْدَهُۥ مِن قَبْلُ وَكُنَّا بِهِۦ عَـٰلِمِينَ
Wa-laq̣ad ʹaataynaaa ʹIbraaheema rushdahoo miñ q̣ablu wa-kunnaa bihee ʻaalimeen.
އަދި ހަމަކަށަވަރުން إبراهيم عليه السّلام އަށް نبي ކަމުގެކުރިން ތިމަންރަސްކަލާނގެ އެކަލޭގެފާނުންގެ ދެނެގަތުން (ތެދުމަގުގެ توفيق) ދެއްވީމެވެ. އަދި އެކަލޭގެފާނަކީ إبمان ކަމާއި توحيد ގެ أهل ވެރިއެއްކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވީމުއެވެ.
-
21:52
إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَا هَـٰذِهِ ٱلتَّمَاثِيلُ ٱلَّتِىٓ أَنتُمْ لَهَا عَـٰكِفُونَ
ʹIẓ q̣aala liʹabeehi waq̣awmihee maa- haaẓihit tamaas̤eelul lateee ʹañtum lahaa ʻaakifoon.
އެއީ އެކަލޭގެފާނު ބައްޕައަށާއި އަދި އެކަލޭގެފާނުންގެ قوم ގެމީހުންނަށް ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ قوم ގެމީހުންނޭވެ. ކަލޭމެން އެތަކެއްޗަށް އަޅުކަންކުރުން މަތީ قائم ވެ ތިޔަތިބޭ މިސޫރަތަކަކީ - މިބުދުތަކަކީ ކޮންއެއްޗެތިތަކެއްހެއްޔެވެ؟ ކީއްކުރާ އެއްޗެތިތަކެއް ހެއްޔެވެ؟
-
21:53
قَالُوا۟ وَجَدْنَآ ءَابَآءَنَا لَهَا عَـٰبِدِينَ
Q̣aaloo wajadnaaa ʹaabaaaʹanaa lahaa ʻaabideen.
އެމީހުން ދެންނެވިއެވެ. އަހުރެމެން ދުށީއަހުރެމެންގެ ކާބަފައިން ހަމަ އެއަށް - އެތަކެއްޗަށް އަޅުކަންކުރާތީއެވެ. (އެހެންވެ އަހުރެމެންވެސް އަޅުކަންކުރަނީއެވެ.)
-
21:54
قَالَ لَقَدْ كُنتُمْ أَنتُمْ وَءَابَآؤُكُمْ فِى ضَلَـٰلٍ مُّبِينٍ
Q̣aala laq̣ad kuñtum ʹañtum wa-ʹaabaaaʹukum fee ḍalaalim mubeen.
އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ކަލޭމެންނާއި ކަލޭމެންގެ ކާބަފައިންވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގައެވެ.
-
21:55
قَالُوٓا۟ أَجِئْتَنَا بِٱلْحَقِّ أَمْ أَنتَ مِنَ ٱللَّـٰعِبِينَ
Q̣aalooo ʹajiʹtanaa bil-Ḥaq̣q̣i ʹam ʹañta minal laaʻibeen.
އެބައިމީހުން ދެންނެވިއެވެ. އަހުރެމެންގެ ގާތަށް ކަލޭގެފާނު ތިޔަވަޑައިގެންނެވީ حقّ އާއިގެންތޯއެވެ. ނުވަތަ ހަމަކުޅޭކުޅޭ މީހެއްގެގޮތުގައި (ސަމާސާކުރައްވަނީތޯއެވެ.)
-
21:56
قَالَ بَل رَّبُّكُمْ رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ٱلَّذِى فَطَرَهُنَّ وَأَنَا۠ عَلَىٰ ذَٰلِكُم مِّنَ ٱلشَّـٰهِدِينَ
Q̣aala bar Rabbukum Rabbus samaawaati wal-ʹarḍil laẓee faṭarahunn: Wa-ʹana ʻalaa ẓaalikum minash shaahideen.
އެކަލޭގެފާނު يعني: إبراهيم ގެފާނު ވިދާޅުވިއެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންގެ ربّ އަކީ އުޑުތަކާއި ބިން ނެތުމުގެ ތެރެއިން ހެއްދެވި އަދި އެތަކެތި ބަލަހައްޓަވާ ކަލާނގެއެވެ. އަދި އަހުރެން މިވަނީ އެގޮތުގެ މައްޗަށް ކަލޭމެނަށް ހެކިދޭމީހުންގެ ތެރެއިންނެވެ.
-
21:57
وَتَٱللَّهِ لَأَكِيدَنَّ أَصْنَـٰمَكُم بَعْدَ أَن تُوَلُّوا۟ مُدْبِرِينَ
Wa-tallaahi laʹakeedanna ʹaṣnaamakum baʻda ʹañ tuwalloo mudbireen.
ﷲ ގަންދީ ބުނަމެވެ. ކަލޭމެން އެނބުރިދިއުމަށްފަހު (عيد ގެ حفلة އަށް ދިއުމަށްފަހު) އަހުރެން ކަލޭމެންގެ ބުދުތައް ހަލާކުކޮށް ކުދިކުދިކުރާނަމެވެ. ނޯޓް: މިބަސްފުޅު އެކަލޭގެފާނު ވިދާޅުވިކަމަށްވަނީ ގިނަމީހުންނަށް ނީވޭ ވަރަށެވެ. އިވުނުކަމަށްވަނީ އެންމެ މީހަކަށެވެ.
-
21:58
فَجَعَلَهُمْ جُذَٰذًا إِلَّا كَبِيرًا لَّهُمْ لَعَلَّهُمْ إِلَيْهِ يَرْجِعُونَ
Fajaʻalahum jaẓaaẓan ʹillaa kabeeral lahum laʻallahum ʹilayhi yarjiʻoon.
ދެންފަހެ (އެމީހުން عيد ގެ ކަންތަކަށް ނުކުމެގެންދިއުމުން) އެކަލޭގެފާނުން އެމީހުންގެ ބުދުތައް އެންމެބޮޑު ބުދުމެނުވީ ތަޅާ ކުދިކުދިކޮށްލައިފިއެވެ. (އަދިތަޅުއްވަން ގެންގުޅުއްވި ހަތިޔާރު އެބޮޑު ބުދުގެ ކަރުގައި އެލުވިކަމަށްވިއެވެ.) އެހެން އެހެއްދެވީ އެމީހުންނަށް ވިސްނިގެން އެކަލޭގެފާނުންގެމަގަށް رُجوعَ ވޭތޯއެވެ. (ނުވަތަ އެބޮޑު ބުދުކުރެން އަހައި އެސޮރަށް رجوع ވޭތޯއެވެ.)
-
21:59
قَالُوا۟ مَن فَعَلَ هَـٰذَا بِـَٔالِهَتِنَآ إِنَّهُۥ لَمِنَ ٱلظَّـٰلِمِينَ
Q̣aaloo mañ faʻala haaẓaa biʹaalihatinaaa ʹinnahoo laminaz̤̣ z̤̣aalimeen!
(އެމީހުންގެ عيد ނިންމާފައި ބުދުތަކުގެ ގާތަށް އައިއިރު އެތަކެއްޗަށްވެފައި ހުރި ގޮތް ދެކެފައި އެކަމާ عجائب ވެގެންނެވެ.) އެމީހުން ބުންޏެވެ. އަހުރެމެންގެ إله ންތަކަށް މިހެން ހެދީ ކާކުބާވައެވެ؟ ހަމަކަށަވަރުން އެމީހަކު އެއީ ކަނޑައެޅިގެން އަނިޔާވެރިންގެތެރެއިންވާ މީހެކެވެ.
-
21:60
قَالُوا۟ سَمِعْنَا فَتًى يَذْكُرُهُمْ يُقَالُ لَهُۥٓ إِبْرَٰهِيمُ
Q̣aaloo samiʻnaa fatañy yaẓkuruhum yuq̣aalu lahooo ʹIbraaheem.
އެމީހުން ބުންޏެވެ. އެތަކެއްޗަށް ހުތުރުބަސްބުނެ عَيْبُ ކިޔާ ޒުވާނަކުގެ ވާހަކަ އަހުރެމެން އެހީމެވެ. އޭނާއަށް ކިޔެނީ إبراهيم އެވެ. (މިހެން މިބުނިކަމުގައިވަނީ إبراهيم ގެފާނު އަހުރެން ކަލޭމެންގެ ބުދުތައް ހަލާކުކުރާނަމޭ ވިދާޅުވިހިނދު އެއަޑުފުޅު އެހިމީހާކަމުގައި ބުނެވުނެވެ.) والله أعلم.
-
21:61
قَالُوا۟ فَأْتُوا۟ بِهِۦ عَلَىٰٓ أَعْيُنِ ٱلنَّاسِ لَعَلَّهُمْ يَشْهَدُونَ
Q̣aaloo faʹtoo bihee ʻalaaa ʹaʻyunin naasi laʻallahum yashhadoon.
އެމީހުން އެމީހުނަށް ބުންޏެވެ. މީސްތަކުންގެ ލޯތަކަށް ފެންނަފަށަށް އޭނާ ކަލޭމެން ގެންނާށެވެ. އެއީ މީސްތަކުން حاضر ވޭތޯއެވެ؟ ނުވަތަ އެމީހުން ހެކިދިނުމަށްޓަކައެވެ.
-
21:62
قَالُوٓا۟ ءَأَنتَ فَعَلْتَ هَـٰذَا بِـَٔالِهَتِنَا يَـٰٓإِبْرَٰهِيمُ
Q̣aalooo ʹaʹañta faʻalta haaẓaa biʹaalihatinaa yaaaʹIbraaheem?
(ދެންފަހެ އެމީހުން إبراهيم ގެފާނު ހޯދައިގެން ގެނެސް އެމީހުން އެކަލޭގެފާނުންކުރެން އަހައިފިއެވެ.) އޭ إبراهيم އެވެ. އަހުރެމެންގެ إله ންތަކަށް މިހެން ހެދީ ހަމަކަލޭހެއްޔެވެ؟
-
21:63
قَالَ بَلْ فَعَلَهُۥ كَبِيرُهُمْ هَـٰذَا فَسْـَٔلُوهُمْ إِن كَانُوا۟ يَنطِقُونَ
Q̣aala bal faʻalahoo kabeeruhum haaẓaa fasʹaloohum ʹiñ kaanoo yañṭiq̣oon!
އެކަލޭގެފާނު ވިދާޅުވިއެވެ. އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެކަންކުރީ އޭގެތެރެއިން މީނދަ ބޮޑުބުދެވެ. އެތަކެތި އެއީ ބަސްބުނެއުޅޭ ތަކެތިކަމުގައިވަންޏާ ކަލޭމެން ނިކަން އޭތިކުރެން އަހައި ސުވާލުކޮށްބަލާށެވެ!
-
21:64
فَرَجَعُوٓا۟ إِلَىٰٓ أَنفُسِهِمْ فَقَالُوٓا۟ إِنَّكُمْ أَنتُمُ ٱلظَّـٰلِمُونَ
Farajaʻooo ʹilaaa ʹañfusihim faq̣aalooo ʹinnakum ʹañtumuz̤̣ z̤̣aalimoon.
ދެންފަހެ އެމީހުން އެމީހުންގެ ބުއްދިތަކަށް رُجُوع ވެ އެކަކު އަނެކަކަށް ބަލަބަލާފައި ވިސްނަންފަށައިފިއެވެ. އަދި ބުނެފިއެވެ. ހަމަކަށަވަރުން ކަލޭމެންނީ ހަމަ ކަނޑައެޅިގެން އަނިޔާވެރިންނެވެ. އެހެން އެވީ އެއްވެސްކަހަލަ އާރެއްބާރެއްނެތް ތަކެއްޗަށް އަޅުކަންކުރުމުގެ ސަބަބުންނެވެ. / ނުވަތަ إبراهيم ގެފާނަށް ތުހުމަތުކުރުމުގެ ސަބަބުންނެވެ.)
-
21:65
ثُمَّ نُكِسُوا۟ عَلَىٰ رُءُوسِهِمْ لَقَدْ عَلِمْتَ مَا هَـٰٓؤُلَآءِ يَنطِقُونَ
S̤umma nukisoo ʻalaa ruʹoosihim: laq̣ad ʻalimta maa- haaaʹulaaaʹi yañṭiq̣oon!
ދެން އެމީހުން އަލުންވެސް އެމީހުންގެ ޖާހިލުކަމަށް رُجُوع ވެއްޖެއެވެ. (އެމީހުން إبراهيم ގެފާނަށް ބުނެފިއެވެ.) މިތަކެއްޗަކީ މިއީ ބަސްބުނެ ވާހަކަދައްކާ ތަކެތި ނޫންކަން ކަލެއަށް ރަނގަޅަށް އެނގޭނެއެވެ.
-
21:66
قَالَ أَفَتَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُكُمْ شَيْـًٔا وَلَا يَضُرُّكُمْ
Q̣aala ʹafataʻbudoona miñ doonil laahi maa laa- yañfaʻukum shayʹañw walaa yaḍurrukum?
إبراهيم ގެފާނުން ވިދާޅުވިއެވެ. ކަލޭމެނަށް އެއްވެސް مَنفع އެއް ނުދޭ އަދި ގެއްލުމެއްވެސް ނުދޭ އެއްޗެހިތަކަކަށް ﷲ ފިޔަވައި ކަލޭމެން އަޅުކަންކުރަނީހެއްޔެވެ؟
-
21:67
أُفٍّ لَّكُمْ وَلِمَا تَعْبُدُونَ مِن دُونِ ٱللَّهِ ۖ أَفَلَا تَعْقِلُونَ
ʹUffil lakum wa-limaa taʻbudoona miñ doonil laah! ʹAfalaa taʻq̣iloon?
ކަލޭމެންނާއި ކަލޭމެން ﷲ ފިޔަވައި އެތަކެއްޗަށް ތިޔަ އަޅުކަންކުރާ ތަކެތީގެ ދެރަކަމާއި ހުތުރުކަމާއެވެ! ކަލޭމެން ފަހެ އެއްޗެއް ނުވިސްނަމުހެއްޔެވެ؟ (ކަލޭމެންނަކީ ތަންދޮރު ނޭނގޭ ބީތާތަކެއްހެއްޔެވެ؟)
-
21:68
قَالُوا۟ حَرِّقُوهُ وَٱنصُرُوٓا۟ ءَالِهَتَكُمْ إِن كُنتُمْ فَـٰعِلِينَ
Q̣aaloo ḥarriq̣oohu wañṣurooo ʹaalihatakum ʹiñ kuñtum faaʻileen!
(ދެންފަހެ إبراهيم ގެފާނުންގެ حجّة ގަދަވެ އެމީހުންގެ އަނގަ ބެދުނީމާ ދެން އެމީހުން އެއްބަޔަކު އަނެއްބަޔަކަށް ބުނީ) ކަލޭމެން އޭނާ އަންދައިލާށެވެ! އަދި ކަލޭމެންގެ إله ންތަކަށް نصر ދޭށެވެ! ކަލޭމެން ކަމެއްކުރަންޏާ އެހެން ހަދާށެވެ! (މިއީ عامّ ކޮށް ގިނަމީހުންގެ قواعد އެވެ. ތިމާގެ دليل އެއް ނެތުނީމާ ދެންފަށާނީ އަނިޔާކުރާށެވެ.)
-
21:69
قُلْنَا يَـٰنَارُ كُونِى بَرْدًا وَسَلَـٰمًا عَلَىٰٓ إِبْرَٰهِيمَ
Q̣ulnaa yaa-Naaru koonee bardañw wasalaaman ʻalaaa ʹIbraaheem!
(ދެން އެމީހުން ބޮޑު އަލިފާންގަނޑެއްޖަހައި އެކަލޭގެފާނު އެއަށް އެއްލައިލިވަގުތު އެއަލިފާންގަނޑަށް ﷲ އެންގެވީ إبراهيم ގެފާނުންގެމައްޗަށް ފިނި އަދި ސަލާމަތްކަންދޭ އެއްޗަކަށް ވުމަށެވެ. އެކަލާނގެ އެ އަންގަވަނީ) ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. އޭ އަލިފާނާއެވެ. إبراهيم ގެފާނުންގެ މައްޗަށް ފިނި އަދި ސަލާމަތްކަން ދޭ އެއްޗަކަށް ކަލޭވާށެވެ. (އެކަން އެގޮތަށްވެ ހަމަޖެހުނީއެވެ.)
-
21:70
وَأَرَادُوا۟ بِهِۦ كَيْدًا فَجَعَلْنَـٰهُمُ ٱلْأَخْسَرِينَ
Wa-ʹaraadoo bihee kaydañ fajaʻalnaahumul ʹakhsareen!
އެކާފަރުންގެ މީހުން އެކަލޭގެފާނަށް ނުބައިގޮތަށް ހެދުމަށް ހީކުރީއެވެ. ތިމަންރަސްކަލާނގެ އެމީހުންނާއި އެމީހުންގެ ކަންތައްލެއްވީ އެންމެދަށް އަދި އެންމެ ގެއްލުން ބޮޑުވެގެންވާ އެއްޗެއްކަމުގައެވެ.
-
21:71
وَنَجَّيْنَـٰهُ وَلُوطًا إِلَى ٱلْأَرْضِ ٱلَّتِى بَـٰرَكْنَا فِيهَا لِلْعَـٰلَمِينَ
Wa-najjaynaahu wa-Looṭan ʹilal ʹarḍil latee baaraknaa feehaa lil-ʻaalameem.
އަދި ތިމަންރަސްކަލާނގެ (عراق ކަރައިގެބިމުން - ނުވަތަ އެމީހުންގެ عذاب ން) އެކަލޭގެފާނާއި لوط ގެފާނު (عليهما السّلام) ސަލާމަތްކުރައްވައި އެންމެހައި عالم ތަކަށް ތިމަންރަސްކަލާނގެ އެތާނގައި بركاة ލައްވާފައިވާ ބިމަށް (شام ކަރައިގެބިމަށް) އެބޭކަލުން ފޮނުއްވީމެވެ.
-
21:72
وَوَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ نَافِلَةً ۖ وَكُلًّا جَعَلْنَا صَـٰلِحِينَ
Wa-wahabnaa lahooo ʹIsḥaaq̣: wa-Yaʻq̣ooba naafilah: wa-kullañ jaʻalnaa Ṣaaliḥeen.
އަދި އެކަލޭގެފާނަށް އެބަހީ: إبراهيم عليه السّلام އަށް ތިމަންރަސްކަލާނގެ إسحاق ގެފާނު ދެއްވީމެވެ. އަދި ކާފަދަރިކަލެއްގެގޮތުން يعقوب ގެފާނު ދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކު ތިމަންރަސްކަލާނގެ صالح ންކަމުގައި ލެއްވީމެވެ. (ﷲ އަށް ކިޔަމަންތެރި އަޅުންކަމުގައި ލެއްވީމެވެ.)
-
21:73
وَجَعَلْنَـٰهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا وَأَوْحَيْنَآ إِلَيْهِمْ فِعْلَ ٱلْخَيْرَٰتِ وَإِقَامَ ٱلصَّلَوٰةِ وَإِيتَآءَ ٱلزَّكَوٰةِ ۖ وَكَانُوا۟ لَنَا عَـٰبِدِينَ
Wa-jaʻalnaahum ʹAʹimmatañy yahdoona biʹAmrinaa wa-ʹawḥaynaaa ʹilayhim fiʻlal khayraati wa-ʹiq̣aamaṣ Ṣalaati wa-ʹeetaaaʹaz Zakaah; wa-kaanoo lanaa ʻaabideen.
އަދި ތިމަންރަސްކަލާނގެ އަމުރުފުޅަށް (މީސްތަކުންނަށް) ތެދުމަގު ދައްކަވާ إمام ންކަމުގައި ތިމަންރަސްކަލާނގެ އެބޭކަލުން ލެއްވީމެވެ. އަދި ހެޔޮކަންތައްތައް ކުރުމަށާއި ނަމާދު قائم ކުރުމަށާއި ޒަކާތްދިނުމަށާއި މިކަންކަމަށް އެބޭކަލުންނަށް އަންގަވައި وحي ކުރެއްވީމެވެ. އަދި އެބޭކަލުންވީ ކަނޑައެޅިގެން ތިމަންރަސްކަލާނގެއަށް އެކަނި އަޅުކަންކުރައްވާ އަޅުންކަމުގައެވެ. (عليهم السّلام)
-
21:74
وَلُوطًا ءَاتَيْنَـٰهُ حُكْمًا وَعِلْمًا وَنَجَّيْنَـٰهُ مِنَ ٱلْقَرْيَةِ ٱلَّتِى كَانَت تَّعْمَلُ ٱلْخَبَـٰٓئِثَ ۗ إِنَّهُمْ كَانُوا۟ قَوْمَ سَوْءٍ فَـٰسِقِينَ
Wa-Looṭan ʹaataynaahu Ḥukmañw WaʻIlmañw Wanajjaynaahu minal q̣aryatil latee kaanat taʻmalul khabaaaʹis̤. ʹinnahum kaanoo q̣awma Sawʹiñ faasiq̣een.
އަދި لوط عليه السلام އަށް ތިމަންރަސްކަލާނގެ نبي ކަމާއި علم ވެރިކަން ދެއްވީމެވެ. (މި އާޔަތުގައިމިވާ حكم ގެ މާނައަކީ نبي ކަމުގައި ނުވަތަ ކަންކަން ނިމުމުގެ حكمކަމުގައިވި އެވެ.) އަދި ހަޑި ހުތުރު ކަންތައްތައް ކުރާމީހުން އުޅޭ ރަށުން (އެއީ ފިރިހެން ކުޅިކުޅުނު سَدُوْم އެވެކިޔުނު ރަށެވެ.) ތިމަންރަސްކަލާނގެ އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން އެރަށުގެ މީހުންވީ ނުބައިބަޔަކުކަމުގައެވެ.
-
21:75
وَأَدْخَلْنَـٰهُ فِى رَحْمَتِنَآ ۖ إِنَّهُۥ مِنَ ٱلصَّـٰلِحِينَ
Wa-ʹadkhalnaahu fee Raḥmatinaa: ʹinnahoo minaṣ Ṣaaliḥeen.
އަދި ތިމަންރަސްކަލާނގެ رحمة ގެ ތެރެއަށް ތިމަންރަސްކަލާނގެ އެކަލޭގެފާނު ލެއްވީމެވެ. ހަމަކަށަވަރުން އެކަލޭގެފާނުވަނީ صالح ންގެ ތެރެއިންނެވެ.
-
21:76
وَنُوحًا إِذْ نَادَىٰ مِن قَبْلُ فَٱسْتَجَبْنَا لَهُۥ فَنَجَّيْنَـٰهُ وَأَهْلَهُۥ مِنَ ٱلْكَرْبِ ٱلْعَظِيمِ
Wa-Nooḥan ʹiz naadaa miñ q̣ablu fastajabnaa lahoo fanajjaynaahu wa-ʹahlahoo minal karbil ʻaz̤̣eem.
އަދި نوح عليه السلام ހަނދުމަފުޅުކުރައްވާށެވެ! (އެއީ إبراهيم عليه السلام އާއި އަދި لوط عليه السلام ގެ ވާހަކައިގެ) ކުރިންނެވެ. އެކަލޭގެފާނު ﷲ އަށް ދަންނަވާ دعاء ކުރެއްވި ހިނދުގައެވެ. ފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް إجابة ކުރައްވައި އެކަލޭގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން (ކިޔަމަންތެރި مؤمن ން) ބޮޑުވެގެންވާ ހިތާމަޔާއި ނުރައްކަލުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އެއީ ބޮޑުވެގެންވާ طوفان އެވެ.
-
21:77
وَنَصَرْنَـٰهُ مِنَ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَآ ۚ إِنَّهُمْ كَانُوا۟ قَوْمَ سَوْءٍ فَأَغْرَقْنَـٰهُمْ أَجْمَعِينَ
Wa-naṣarnaahu minal q̣awmil laẓeena kaẓẓaboo biʹAayaatinaa: ʹinnahum kaanoo q̣awma Sawʹiñ faʹag̣raq̣naahum ʹajmaʻeen.
އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުންގެ މައްޗަށް ތިމަންރަސްކަލާނގެ އެކަލޭގެފާނަށް نصر ދެއްވީމެވެ. ހަމަކަށަވަރުން އެމީހުންވީ ނުބައި ބަޔަކު ކަމުގައެވެ. އަދި ތިމަންރަސްކަލާނގެ އެހުރިހާ މީހުން غرق ކުރެއްވީމެވެ. (طوفان ގައި غرق ކުރައްވައި މެރުއްވީމެވެ.)
-
21:78
وَدَاوُۥدَ وَسُلَيْمَـٰنَ إِذْ يَحْكُمَانِ فِى ٱلْحَرْثِ إِذْ نَفَشَتْ فِيهِ غَنَمُ ٱلْقَوْمِ وَكُنَّا لِحُكْمِهِمْ شَـٰهِدِينَ
Wa-Daawooda wa-Sulaymaana ʹiẓ yaḥkumaani fil ḥars̤i ʹiẓ nafashat feehi g̣anamul q̣awm: wa-kunnaa liḥukmihim Shaahideen.
(އޭ رسول الله އެވެ. އަދި داوُد އާއި سليمان (عليه السلام) ހަނދުމަފުޅުކުރައްވާށެވެ! އެއީ އޭގެ ދެބޭކަލުން ދަނޑާއިމެދު حكم ކުރައްވަމުން ދިޔަވަގުތެވެ. އެދަނޑަށް އެދަނޑުގެ މީހުން ނޫންއެހެން ބައެއްގެ ބަކަރި ތަކެއް ރޭގަޑުގެ ވަގުތެއްގައި ވަދެ ދަނޑު ހަލާކު ކޮށްލުމާއި ގުޅިގެންނެވެ. އަދި އެދެބޭކަލުންގެ حكم އަށް ތިމަންރަސްކަލާނގެ حاضر ވެވޮޑިގެންވީމުއެވެ. ނުވަތަ ހެކިވެ ވޮޑިގެންވީމެވެ.
-
21:79
فَفَهَّمْنَـٰهَا سُلَيْمَـٰنَ ۚ وَكُلًّا ءَاتَيْنَا حُكْمًا وَعِلْمًا ۚ وَسَخَّرْنَا مَعَ دَاوُۥدَ ٱلْجِبَالَ يُسَبِّحْنَ وَٱلطَّيْرَ ۚ وَكُنَّا فَـٰعِلِينَ
Fafahhamnaahaa Sulaymaan: wa-kullan ʹaataynaa Ḥukmañw waʻIlmaa; wa-sakh-kharnaa maʻa Daawoodal jibaala yusabbiḥna waṭṭayr: wa-kunnaa faaʻileen.
ފަހެ އެقَضِيَّة ތިމަންރަސްކަލާނގެ سليمان ގެފާނަށް ވިސްނައި ދެއްވީމެވެ. (އެބަހީ އޭގެ މޮޅު حكم އާއި علم ދެއްވީމެވެ.) އަދި داوُد (عليه السلام) އަށް ފަރުބަދަތައް ކިޔަމަންކުރެއްވީމެވެ. އެއީ އެކަލޭގެފާނު تسبيح ވިދާޅުވާއިރު ފަރުބަދަތައް تسبيح ކިޔުމާއި އަދި ދޫނިތައްވެސް އެކަލޭގެފާނުން تسبيح ވިދާޅުވާއިރު تسبيح ކިޔާ ގޮތަށް ތިމަންރަސްކަލާނގެ ކިޔަމަންކުރެއްވީމެވެ. މިއެންމެހައި ކަންކަން މިހިންގަވަނީ ހަމަ ތިމަންރަސްކަލާނގެއެވެ.\n• ދަންނައެވެ. داودُ ގެފާނާއި سليمان ގެފާނާއި عَلَيْهمَا السّلام ދެބޭކަލުންގެ މެދުގައި حكم ކުރަން ދިމާވި قَضِيَّة އަކީ، ބަޔަކުމީހުންގެ މޭބިސްކަދުރު ދަނޑަކަށް އެހެންބައެއްގެ ބަކަރިތަކެއް ރޭގަނޑުގެ ވަގުތުގައި ވަދެ ދަނޑު މުޅިން ހަލާކުކޮށްލައިގެން އެކަމުގެ قَضِيَّة އެވެ. داوُد عليه السّلام ނިޔާކުރެއްވީ އެބަކަރިތައް ދަނޑުވެރިޔާއަށް ދިނުމަށެވެ. ބަކަރިތަކުގެ ވެރިޔާއަށް އެއްޗެއްނެތެވެ. އެ މަޖްލީހުގައި سليمان ގެފާނު އިންނެވި އެވެ. سليمان ގެފާނު ވިދާޅުވިއެވެ. އޭ نَبِى ﷲ އެވެ. އެހެންގޮތެކެވެ. އެގޮތަކީ:-\nދަނޑުގެ ވެރިޔާ ބަކަރިތައް ގެންގޮސް އެއިން ފައިދާނަގާނީއެވެ. އަދި ބަކަރިތަކުގެވެރިޔާ ދަނޑު إصلاح ކޮށް ބަކަރިތައް ވަންއިރު ހުރިވަރުވީމާ ބަކަރީގެ ވެރިޔާއަށް ބަކަރިއެވެ. ދަނޑުވެރިޔަށް ދަނޑެވެ. ކުރީހުރިގޮތަށް ބަދަލުކޮށްލާނީއެވެ. މިއީ سليمان عليه السَّلام ގެ ނިޔާއެވެ. داود عليه السَّلام ވިދާޅުވިއެވެ. ނިޔާއަކީ ކަލޭގެފާނު ތިޔަކުރެއްވި ނިޔާއެވެ. އެގޮތް ރަނގަޅެވެ. سليمان عليه السَّلام އަށް ﷲ تعالى އެގޮތް ވިސްނަވައިދެއްވީއެވެ. ދެންފަހެ މި أمّة ގައި އެ قضيّة ގެ حكم އޮންނަގޮތަކީ، ދުވާލު ވަގުތު ދަނޑުވެރިޔާ ރަނގަޅަށް ދަނޑު ބެލެހެއްޓުމެވެ. ރޭގަނޑުގެ ވަގުތު ބަކަރި ދަނޑަށް ވަދެ ގެއްލުމެއްދީފިނަމަ އޭގެ އަގުކޮށް ބަކަރީގެ ވެރިޔާ ޖޫރިމަނާކުރުމެވެ. ރޭގަނޑުގައި ބަކަރީގެ ވެރިޔާ ބަކަރިތަކަށް مسؤل ވާންޖެހޭނެއެވެ. ދުވާލު ވަގުތު ދަނޑުވެރިޔާ ދަނޑަށް مسئول ވުމެވެ. وﷲ اعلم. މިއީ ތިން نبي ންގެ ތިން ނިޔާއެވެ. ކޮންމެ ބޭކަލަކަށްވެސް ﷲ حكم އާއި علم ދެއްވިއެވެ. މިހުރިހާ ކަމެއް ބައްލަވާވޮޑިގެންވާ ﷲ ގެ حِكْمَة ވަންތަކަމުގެ ބޮޑުކަމާއެވެ!
-
21:80
وَعَلَّمْنَـٰهُ صَنْعَةَ لَبُوسٍ لَّكُمْ لِتُحْصِنَكُم مِّنۢ بَأْسِكُمْ ۖ فَهَلْ أَنتُمْ شَـٰكِرُونَ
Wa-ʻallamnaahu ṣanʻata laboosil lakum lituḥṣinakum mim baʹsikum: fahal ʹañtum shaakiroon?
އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް - އެބަހީ: داود عليه السَّلام އަށް ކަލޭމެން ހަނގުރާމައިގައި ބޭނުންކުރާނޭ (ދަގަނޑުދަހަނާ) ލިބާސް ހައްދަވާނޭގޮތް ދަސްކޮށްދެއްވީމެވެ. (ނުވަތަ ހަނގުރާމައިގެ ހަތިޔާރު ހައްދަވާނެގޮތް ދަސްކޮށްދެއްވީމެވެ.) އެއީ ކަލޭމެން ކަލޭމެންގެ ހަނގުރާމައިގައި ރައްކާތެރިވެ ސަލާމަތްވުމަށެވެ. ފަހެ ކަލޭމެންނަކީ شكر ކުރާނެ ބަޔަކީމުހެއްޔެވެ؟
-
21:81
وَلِسُلَيْمَـٰنَ ٱلرِّيحَ عَاصِفَةً تَجْرِى بِأَمْرِهِۦٓ إِلَى ٱلْأَرْضِ ٱلَّتِى بَـٰرَكْنَا فِيهَا ۚ وَكُنَّا بِكُلِّ شَىْءٍ عَـٰلِمِينَ
Wa-li-Sulaymaanar reeḥa ʻaaṣifatañ tajree biʹamriheee ʹilal ʹarḍil latee baaraknaa feehaa: wa- kunnaa bikulli shayʹin ʻaalimeen.
އަދި سليمان عليه السَّلام އަށް ގަދަޔަށްޖެހޭ ވައި ތިމަންރަސްކަލާނގެ ކިޔަމަންކޮށްދެއްވީމެވެ. އެކަލޭގެފާނުންގެ އަމުރުފުޅަށް އެވައި އެތާނގައި ތިމަންރަސްކަލާނގެ ބަރަކާތްލައްވާފައިވާ ބިމަށް (شام ކަރައިގެބިމަށް) ދަތުރުކޮށްދެއެވެ. (ހެނދުނުން ފަށައިގެން މެންދުރަށް މަސްދުވަހުގެ ރާސްތާއަށް އަދި މެންދުރުފަހުން އިރުއޮއްސޭއިރަށް މަސްދުވަހުގެ ރާސްތާއަށް ދަތުރުކޮށްލައެވެ.) އަދި މިހުރިހާ ކަމަކާއި މިހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވީމެވެ.
-
21:82
وَمِنَ ٱلشَّيَـٰطِينِ مَن يَغُوصُونَ لَهُۥ وَيَعْمَلُونَ عَمَلًا دُونَ ذَٰلِكَ ۖ وَكُنَّا لَهُمْ حَـٰفِظِينَ
Wa-minash shayaaṭeeni mañy yag̣ooṣoona lahoo wa-yaʻmaloona ʻamalañ doona ẓaalik; wa-kunnaa lahum Ḥaafiz̤̣een.
އަދި شيطان ންގެތެރޭގައި سليمان عليه السَّلام އަށް ކަނޑުގެއަޑިޔަށް ފީނައިދޭ شيطان ވެއެވެ. (އެބައިމީހުން ރަންމުތާއި އެހެނިހެންވެސް ބޭނުންފުޅުވާ ތަކެތި ނަގައިދެއެވެ.) އަދި ބިނާކުރުމާއި صُورة ތައް ހެދުމާއި އަދި އެހެނިހެން ކަންތައްވެސް އެސޮރުމެން ކޮށްދެއެވެ. އަދި އެބައިމީހުންނާއި އެބައިމީހުން ކުރާހާ ކަމެއް ރައްކާތެރިކޮށްދެއްވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވީމުއެވެ.
-
21:83
۞ وَأَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلضُّرُّ وَأَنتَ أَرْحَمُ ٱلرَّٰحِمِينَ
Wa-ʹAyyooba ʹiẓ naadaa Rabbahooo ʹannee massaniyaḍ ḍurru wa-ʹAñta ʹArḥamur raaḥimeen.
(އޭ رسول ﷲ އެވެ!) އަދި أيُّوبُ عليه السَّلام ގެ ވާހަކަ ހަނދުމަފުޅުކުރައްވާށެވެ! އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާއަށް އުނދަގޫޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ رحمة އެންމެބޮޑުވެގެންވާ ކަލާނގެއެވެ.
-
21:84
فَٱسْتَجَبْنَا لَهُۥ فَكَشَفْنَا مَا بِهِۦ مِن ضُرٍّ ۖ وَءَاتَيْنَـٰهُ أَهْلَهُۥ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنْ عِندِنَا وَذِكْرَىٰ لِلْعَـٰبِدِينَ
Fastajabnaa lahoo fakashafnaa maa- bihee miñ ḍurriñw waʹaataynaahu ʹahlahoo wa-mis̤lahum maʻahum Raḥmatam min ʻIñdinaa waẓikraa lilʻaabideen.
ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަކުރައްވައި އެކަލޭގެފާނަށް ޖެހިވަޑައިގެންފައިވާހާ އުނދަގުލަކާއި ބަލިކަމެއް ދުރުކުރައްވައި كشف ކުރެއްވީމެވެ. އަދި އެކަލޭގެފާނުންގެ (ކުރީގެ) އެންމެހައި أهل ވެރިންނާއި އަދި އެޔާއެކު އޭގެއިތުރަށް އެހާވަރު ދެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ حضرة ންވާ رحمة އެއްގެގޮތުންނެވެ. އަދި تقوى ވެރި މާތް އަޅުވެރިންނަށްވާ عبرة އަކާއި وعظ އެއްގެގޮތުންނެވެ.
-
21:85
وَإِسْمَـٰعِيلَ وَإِدْرِيسَ وَذَا ٱلْكِفْلِ ۖ كُلٌّ مِّنَ ٱلصَّـٰبِرِينَ
Wa-ʹIsmaaʻeela wa-ʹIdreesa wa-Ẓal kifl: kullum minaṣ Ṣaabireen;
އަދި إسْمَاعِيْل ގެފާނާއި إدْرِيْسُ ގެފާނާއި އަދި ذُوالْكِفْلِ (عليهم السَّلام) މިބޭބޭކަލުންގެ ވާހަކަ ހަނދުމަފުޅުކުރައްވާށެވެ! މިހުރިހާ ބޭކަލުންވެސް ވެވަޑައިގެންނެވީ ކެތްތެރި މާތްބޭކަލުންކަމުގައެވެ.
-
21:86
وَأَدْخَلْنَـٰهُمْ فِى رَحْمَتِنَآ ۖ إِنَّهُم مِّنَ ٱلصَّـٰلِحِينَ
Wa-ʹadkhalnaahum fee Raḥmatinaa: ʹinnahum minaṣ Ṣaaliḥeen.
އަދި އެހުރިހާ ބޭކަލުން ތިމަންރަސްކަލާނގެ رحمة ގެތެރެއަށް ތިމަންރަސްކަލާނގެ ވެއްދެވީމެވެ. ހަމަކަށަވަރުން އެބޭކަލުން ވެވަޑައިގެންނެވީ صالح ންގެތެރެއިންނެވެ. رَسُول ބޭކަލުންގެ ތެރެއިނެވެ.
-
21:87
وَذَا ٱلنُّونِ إِذ ذَّهَبَ مُغَـٰضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِى ٱلظُّلُمَـٰتِ أَن لَّآ إِلَـٰهَ إِلَّآ أَنتَ سُبْحَـٰنَكَ إِنِّى كُنتُ مِنَ ٱلظَّـٰلِمِينَ
Wa-Ẓan Nooni ʹiẓ ẓahaba mug̣aaḍibañ fa-Z̤̣anna ʹal lan naq̣dira ʻalayhi fanaadaa fiz̤̣ z̤̣ulumaati ʹal ˹Laaa ʹilaaha ʹillaaa ʹAñta Subḥaanaka ʹinnee kuñtu minaz̤̣ z̤̣aalimeen˺!
އަދި މަހުގެވެރި ކަލޭގެފާނު يعني: يُونُسُ عليه السَّلام ހަނދުމަފުޅުކުރައްވާށެވެ! އެކަލޭގެފާނު ކޯފާވެވަޑައިގެން ވަޑައިގެންނެވިހިނދު އެކަލޭގެފާނު ހީފުޅުކުރެއްވީ ތިމަންރަސްކަލާނގެއަށް އެކަލޭގެފާނުންގެ މައްޗަށް ކުޅަދުންވަންތަވެވޮޑި ނުގަންނަވާނެކަމަށެވެ. ދެންފަހެ އަނދިރިތަކުގެ ތެރޭގައި (މަހުބަނޑުގެ އަނދިރިޔާ ރޭގަނޑުގެ އަނދިރިޔާ ކަނޑުގެ އަނދިރިޔާމިހުރިހާއަދިރީ ގައި އޮންނަވައިގެން) އެކަލޭގެފާނު އެކަލޭގެފާނުންގެ ربّ އަށް دعاء ދަންނަވައި توبة ވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ދެންނެވިއެވެ. އިބަރަސްކަލާނގެ މެނުވީ އަޅުކަންވެވުން حقّ އެހެން އެއްވެސް إله އަކުނުވެއެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތައެވެ. ހަމަކަށަވަރުން މިއަޅާމިވަނީ އަނިޔާވެރިންގެތެރެއިންނެވެ.
-
21:88
فَٱسْتَجَبْنَا لَهُۥ وَنَجَّيْنَـٰهُ مِنَ ٱلْغَمِّ ۚ وَكَذَٰلِكَ نُـۨجِى ٱلْمُؤْمِنِينَ
Fastajabnaa lahoo wa-najjaynaahu minal g̣amm: wa-kaẓaalika nuñjil Muʹmineen.
ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަކުރައްވައި އަދި ހިތާމަޔާއި މޮޅިން ތިމަންރަސްކަލާނގެ އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. مؤمن ން ތިމަންރަސްކަލާނގެ ސަލާމަތް ކުރައްވަނީ އެފަދައިންނެވެ. • ދަންނައެވެ. يُونُسُ عليه السَّلام ގެ ވާހަކައިގައި ވަރަށްގިނަ إختلاف ވެއެވެ. އެހެންވެ އެވާހަކަ ހަނދާންކޮށްދެމެވެ. އަދި އެ إختلاف ގެތެރެއަށް ވަންނާކަށް މިފޮތުގައި ތަނެއްނެތެވެ.
-
21:89
وَزَكَرِيَّآ إِذْ نَادَىٰ رَبَّهُۥ رَبِّ لَا تَذَرْنِى فَرْدًا وَأَنتَ خَيْرُ ٱلْوَٰرِثِينَ
Wa-Zakariyyaaa ʹiẓ naadaa Rabbahoo Rabbi laa- taẓarnee fardañw waʹAñta Khayrul waaris̤een.
އަދި زَكَرِيَّا عليه السَّلام ހަނދުމަފުޅުކުރައްވާށެވެ. އެއީ އެކަލޭގެފާނުންގެ ربّ އަށް دعاء ދެންނެވިހިނދުގައެވެ. އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. ދަރިއަކުނެތް ހަމައެކަނި فَرْد އަކު ކަމުގައި މިއަޅާނުލައްވާންދޭވެ. (މިއަޅާއަށް ދަރިއަކުލައްވާންދޭވެ.) އަދި އިބަރަސްކަލާނގެއީ އެންމެހެޔޮގޮތުގައި ވާރުތަކުރައްވާ ކަލާނގެއެވެ.
-
21:90
فَٱسْتَجَبْنَا لَهُۥ وَوَهَبْنَا لَهُۥ يَحْيَىٰ وَأَصْلَحْنَا لَهُۥ زَوْجَهُۥٓ ۚ إِنَّهُمْ كَانُوا۟ يُسَـٰرِعُونَ فِى ٱلْخَيْرَٰتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا۟ لَنَا خَـٰشِعِينَ
Fastajabnaa lahoo wa-wahabnaa lahoo Yaḥyaa wa-ʹaṣlaḥnaa lahoo zawjah. ʹInnahum kaanoo yusaariʻoona fil khayraati wa-yadʻoonanaa rag̣abañw warahabaa: wa-kaanoo lanaa khaashiʻeen.
ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް يَحْيَى (عليه السَّلام) ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލޭގެފާނުންގެ އަނބިކަނބަލުން صلح ކޮށްދެއްވައި ރަނގަޅުކޮށްދެއްވީމެވެ. (ދަރިންނުލިބޭ މީހަކުކަމުގައި އިންނެވުމަށްފަހު ދަރިންލިބޭ މީހަކުކަމުގައި ހެއްދެވީމެވެ.) ހަމަކަށަވަރުން އިސްވެދިޔަ ބޭބޭކަލުންވީ ހެޔޮކަންތަކުގައި އަވަސްވެވަޑައިގަންނަވާ ބޭކަލުންކަމުގައެވެ. އަދި ތިމަންރަސްކަލާނގެ رحمة އަށް އެދިވަޑައިގަންނަވައިގެންނާއި އަދި ތިމަންރަސްކަލާނގެ عذاب އާއި ކޯފާއަށް ބިރުން އެބޭކަލުން ތިމަންރަސްކަލާނގެއަށް دعاء ކުރައްވައެވެ. އަދި އެބޭކަލުންވީ ތިމަންރަސްކަލާނގެއަށް ބިރުވެތިވެ މަޑުމޮޅިވެވަޑައިގަންނަވާ ބޭކަލުންކަމުގައެވެ.
-
21:91
وَٱلَّتِىٓ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهَا مِن رُّوحِنَا وَجَعَلْنَـٰهَا وَٱبْنَهَآ ءَايَةً لِّلْعَـٰلَمِينَ
Wallateee ʹaḥṣanat farjahaa fanafakhnaa feehaa mir Rooḥinaa wa-jaʻalnaahaa wabnahaaa ʹAayatal lilʻaalameen.
އަދި އެކަމަނާގެ ލަދުގުނަވަން އެކަމަނާ ރައްކާތެރިކުރެއްވި ކަމަނާގެ ވާހަކަ ކަލޭގެފާނު ހަނދުމަފުޅުކުރައްވާށެވެ! (އެއީ عِمْرَان ގެ ދަރިކަނބަލުން مَرْيَم ގެފާނެވެ.) ފަހެ އެކަމަނާގެ ލިބާހުގެ ޖީބަށް (ނުވަތަ ކަރުވަޅުތެރެއަށް) ތިމަންރަސްކަލާނގެ ފުމެލެއްވީމެވެ. (އެއީ جبريل عليه السَّلام އަށް އަމުރުކުރައްވައި އެކަލޭގެފާނުންގެ އަނގަފުޅުންނެވެ.) އަދި އެކަމަނާއާއި އަދި އެކަމަނާގެ ދަރިކަލުން (عيسى عليه السّلام) ތިމަންރަސްކަލާނގެ ލެއްވީ އެންމެހައި عالم ތަކަށްވާ دليل އެއްކަމުގައެވެ. (އެއީ ބަފަޔަކާއި ނުލައި عيسى عليه السّلام ދުނިޔެއަށް ފޮނުއްވުމަކީ يقين ންވެސް ތިމަންރަސްކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ دليل ގެތެރެއިންވާ ކަމެކެވެ.)
-
21:92
إِنَّ هَـٰذِهِۦٓ أُمَّتُكُمْ أُمَّةً وَٰحِدَةً وَأَنَا۠ رَبُّكُمْ فَٱعْبُدُونِ
ʹInna haaẓiheee ʹummatukum ʹUmmatañw Waaḥidatañw WaʹAna Rabbukum faʻbudoon.
ހަމަކަށަވަރުން ކަލޭމެންމުއުމިންގެ أُمَّة އަކީ ހަމަ އެއް أُمَّة އެކެވެ. އަދި ތިމަންރަސްކަލާނގެއީ ކަލޭމެންގެ ربّ އެވެ. ފަހެ އެހެންވެ ކަލޭމެން ތިމަންރަސްކަލާނގެއަށް އެކަނި އަޅުކަންކުރާށެވެ. (ބުދުތަކާއި ޒާތްޒާތުގެ إله ންތަކަށް އަޅުކަން ނުކުރާށެވެ!)
-
21:93
وَتَقَطَّعُوٓا۟ أَمْرَهُم بَيْنَهُمْ ۖ كُلٌّ إِلَيْنَا رَٰجِعُونَ
Wa-taq̣aṭṭaʻooo ʹamrahum̃ baynahum: kullun ʹilaynaa raajiʻoon.
އަދި މީސްތަކުން އެމީހުންގެ دين ގެ ކަންތައްތައް އެމީހުންގެމެދުގައި ކުދިކުދިކޮށް ބައިބައިކޮށް إختلاف ތައް އުފައްދައިފިއެވެ. (ކޮންމެބަޔަކު އެބައެއްގެ ގޮތުގައި ހިފަހައްޓައިގެން ތިބެނީއެވެ.) އަދި އެހުރިހާ މީހުން އެންމެފަހުން އެނބުރި رجوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. (ދެން އެމީހަކަށް حقّ ޖަޒާއެއް ދެއްވާހުށީމެވެ.)
-
21:94
فَمَن يَعْمَلْ مِنَ ٱلصَّـٰلِحَـٰتِ وَهُوَ مُؤْمِنٌ فَلَا كُفْرَانَ لِسَعْيِهِۦ وَإِنَّا لَهُۥ كَـٰتِبُونَ
Famañy yaʻmal minaṣ Ṣaaliḥaati wa-huwa Muʹminuñ falaa kufraana lisaʻyih: wa-ʹInnaa lahoo katiboon.
ފަހެ إيمان ވެގެންވާحال صالح عمل ކޮށްފިމީހާ (ދަންނައެވެ.) ފަހެ އޭނާގެ ހެޔޮ عمل ގެ ދަރުމަޔާއި ثواب އަށް ގެއްލުމެއްނެތެވެ. އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ އޭނާގެ عمل ތައް ލިއުއްވައި ބަލަހައްޓަވާ ކަލަކީމެވެ.
-
21:95
وَحَرَٰمٌ عَلَىٰ قَرْيَةٍ أَهْلَكْنَـٰهَآ أَنَّهُمْ لَا يَرْجِعُونَ
Waḥaraamun ʻalaa q̣aryatin ʹahlaknaahaaa ʹannahum laa- yarjiʻoon.
އަދި ތިމަންރަސްކަލާނގެ އެރަށެއްގެ أهل ވެރިން މަރުއްވައި ހަލާކުކުރެއްވި އެއްވެސް ރަށެއްގެ أهل ވެރިއަކު ދުނިޔެއަށް އަލުން އަނބުރާ رجوع ވުމަކީ حَرَام ކަމެކެވެ. އެބަހީ ވާނޭކަމެއްނޫނެވެ.
-
21:96
حَتَّىٰٓ إِذَا فُتِحَتْ يَأْجُوجُ وَمَأْجُوجُ وَهُم مِّن كُلِّ حَدَبٍ يَنسِلُونَ
Hattaaa ʹiẓaa futiḥat Yaʹjooju wa-Maʹjooju wa-hum miñ kulli ḥadabiñy yañsiloon.
يَأْجُوْجُ وَمَأْجُوْجُ ގެ މީހުންގެ ހުރަސް ހުޅުވިއްޖައުމަށްދާންދެނެވެ. ދެން އެހައިރުން އެމީހުންގަނޑު ކޮންމެ އުސްތާކުން އަވަސްއަވަހަށް އޮހިގަންނާނެއެވެ. (ބާރުބާރުކޮށް ދުނިޔޭގެ ތެރެއަށް ދެމިގަންނާނެއެވެ. - އެބައިމީހުންނަކީ قيامة ވުމާއި ގާތުގައި ދުނިޔެއަށް ﷲ ފޮނުއްވާނޭ ބައެކެވެ. عُمر ދިގު ދަރިންގިނަ ބައެކެވެ. އެމީހުންނާބެހޭ تفصيل صَحَّ حَدِيث ތަކުން ސާބިތުވެ އެނގެން އެބައޮތެވެ. އެވާހަކަ އަދި އެހެން فرصة އަކުން ބަޔާންކުރުމުގެ أمّيد ގައި ކުރުކޮށްލަމެވެ.)
-
21:97
وَٱقْتَرَبَ ٱلْوَعْدُ ٱلْحَقُّ فَإِذَا هِىَ شَـٰخِصَةٌ أَبْصَـٰرُ ٱلَّذِينَ كَفَرُوا۟ يَـٰوَيْلَنَا قَدْ كُنَّا فِى غَفْلَةٍ مِّنْ هَـٰذَا بَلْ كُنَّا ظَـٰلِمِينَ
Waq̣tarabal Waʻdul Ḥaq̣q̣u faʹiẓaa hiya shaakhiṣatun ʹabṣaarul laẓeena kafaroo: yaawaylanaa q̣ad kunnaa fee g̣aflatim min haaẓaa bal kunnaa z̤̣aalimeen!
އަދި حَقُّ وَعُدْ ފުޅު ގާތްވެއްޖެއެވެ. އެބަހީ: قيامة ވުމަށް ގާތްވެގެންވެއެވެ. (ފަހެ قيامة ވެއްޖެއްޔާ) ކާފަރުވީ މީސްތަކުންގެ ލޯތައް ހުޅުވި ފެންކަޅިވެގެން ބޮޑުވެގެންވާހުއްޓެވެ. (އަދި އެމީހުން ބުނާނެއެވެ.) އޭ އަހުރެމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. ހަމަކަށަވަރުން އަހުރެމެން މިވަނީ މިކަމުން - އެބަހީ: محشر އަށް ފޮނުއްވައި حِسَاب ބައްލަވައި ޖަޒާދެއްވުމާއިމެދު - غَافِل ވެގެންނެވެ. އަދި ކިއެއްހެއްޔެވެ؟ އަހުރެމެން މިވަނީ އަނިޔާވެރިންކަމުގައެވެ.
-
21:98
إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَٰرِدُونَ
ʹInnakum wa-maa taʻbudoona miñ doonil laahi ḥaṣabu Jahannam! ʹañtum lahaa waaridoon!
(އޭ مُشْرِك ންނޭވެ!) ކަލޭމެންނާއި އަދި ﷲ ފިޔަވައި ކަލޭމެން އެތަކެއްޗަށް ތިޔައަޅުކަންކުރާ ތަކެއްޗަކީ ނަރަކައިގެ ދަރެވެ. (އެތާ އަނދާނެ ތަކެއްޗެވެ.) ކަނޑައެޅިގެން ކަލޭމެން އެތަނަށް ވަންނާނެއެވެ.
-
21:99
لَوْ كَانَ هَـٰٓؤُلَآءِ ءَالِهَةً مَّا وَرَدُوهَا ۖ وَكُلٌّ فِيهَا خَـٰلِدُونَ
Law kaana haaaʹulaaaʹi ʹaalihatam maa waradoohaa! wa-kulluñ feehaa khaalidoon.
އެބުދުތަކަކީ إله ންތަކެއް ކަމުގައިވީނަމަ އެތަކެތިނަރަކައަށް ނުލެވުނީހެވެ. (އެތާ އަނދާކަށް ނުޖެހުނީއެވެ.) އެތަކެއްޗަށް އަޅުކަންކުރި އެންމެންނާއި އަދި އެތަކެއްޗާއި އެންމެން އެނަރަކައިގައި ދެމިތިބޭހުއްޓެވެ.
-
21:100
لَهُمْ فِيهَا زَفِيرٌ وَهُمْ فِيهَا لَا يَسْمَعُونَ
Lahum feehaa zafeeruñw wahum feehaa laa- yasmaʻoon.
އެމީހުންނަށް އެތާވަނީ ހިތާމައިގެ ނޭވައިގެ އަޑެވެ. (ނުވަތަ ނަރަކައިގެ ނޭވައިގެ އަޑެވެ.) އެތާނގައި ތިބޭއިރު އެމީހުންނަށް އެހެން އެއްވެސް އަޑެއް ނުއިވޭނެއެވެ. (تفسير الطَّبَرى އާއި އަދި އެހެނިހެން ބައެއް تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. ނަރަކައިގައި ދެމިތިބޭ މީހުންކުރެ މީހަކު ނަރަކައަށް ލެވިއްޖެއްޔާ ނަރަކައިގެ ބޮޑުފޮށްޓަކަށް ލެވޭނެއެވެ. ދެން އެފޮށި އެހެން ފޮށްޓަކަށް ލެވޭނެއެވެ. ދެން އެފޮށި އެހެން ފޮށްޓަކަށް ލެވޭނެއެވެ. އޭނާ އޮންނާނީ އެކަންޏެވެ. އެއްވެސްއަޑެއް ނުއިވޭނެއެވެ. އޭނާއަށް ހީވާނީ عَذَاب ލިބެނީ އޭނާއަށް އެކަނިހެންނެވެ.)
-
21:101
إِنَّ ٱلَّذِينَ سَبَقَتْ لَهُم مِّنَّا ٱلْحُسْنَىٰٓ أُو۟لَـٰٓئِكَ عَنْهَا مُبْعَدُونَ
ʹInnal laẓeena sabaq̣at lahum minnal Ḥusnaaa ʹulaaaʹika ʻanhaa mubʻadoon.
ހަމަކަށަވަރުން ތިމަންރަސްކަލާނގެ حضرة ން އެބަޔަކަށް ބާއްޖަވެރިކަން އިސްވެގޮސްފައިވާ މީހުން (ސުވަރުގެވަންތަވެރިން) އެނަރަކައާއި ދުރުކުރެވިގެންވެއެވެ. އެމީހުން އެތަނަށް ނުވަންނާނެއެވެ.
-
21:102
لَا يَسْمَعُونَ حَسِيسَهَا ۖ وَهُمْ فِى مَا ٱشْتَهَتْ أَنفُسُهُمْ خَـٰلِدُونَ
Laa- yasmaʻoona ḥaseesahaa: wa-hum fee mash tahat ʹañfusuhum khaalidoon.
އެމީހުން އެރަނަކައިގެ އެއްވެސް حركاة އެއްގެ އެއްވެސް ހިރުމެއް إحساس އެއްގެ އަޑެއް ނުއަހާނެއެވެ. އަދި އެމީހުން ތިބޭނީ އެމީހުންގެ نفس ތައް އެދޭހާ نعمة އާއި މަޖަލުގައި ދެމިތިބޭގޮތުގައެވެ. ކޮޅުނެތްކޮޅަށް އަރާމުގައެވެ.
-
21:103
لَا يَحْزُنُهُمُ ٱلْفَزَعُ ٱلْأَكْبَرُ وَتَتَلَقَّىٰهُمُ ٱلْمَلَـٰٓئِكَةُ هَـٰذَا يَوْمُكُمُ ٱلَّذِى كُنتُمْ تُوعَدُونَ
Laa- yaḥzunuhumul Fazaʻul ʹAkbaru wa-tatalaq̣-q̣aahumul malaaaʹikah: haaẓaa Yawmukumul laẓee kuñtum tooʻadoon.
قيامة ދުވަހުގެ ބޮޑުވެގެންވާ ސިހުމާއި ބިރުވެރިކަން އަދި އެދުވަހުގެ ހިތާމަ އެމީހުންނަކަށް ނުޖެހޭނެއެވެ. (ނުވަތަ ނަރަކައިގެ ނުރައްކައު އެމީހުންނަށް ނުޖެހޭނެއެވެ.) އަދި ملائكة ބޭކަލުން އެމީހުންނާއި ބައްދަލުކުރައްވައި އުފާވެރި ބަސްފުޅުތައް ވިދާޅުވާނެއެވެ. އެބޭކަލުން ވިދާޅުވާނެއެވެ. ކަލޭމެނަށް وعد ވެވުނު ދުވަހަކީ މިއީއެވެ.
-
21:104
يَوْمَ نَطْوِى ٱلسَّمَآءَ كَطَىِّ ٱلسِّجِلِّ لِلْكُتُبِ ۚ كَمَا بَدَأْنَآ أَوَّلَ خَلْقٍ نُّعِيدُهُۥ ۚ وَعْدًا عَلَيْنَآ ۚ إِنَّا كُنَّا فَـٰعِلِينَ
Yawma naṭwis samaaaʹa kaṭayyis sijilli lilkutub: kamaa badaʹnaaa ʹawwala khalq̣in nuʻeeduh: waʻdan ʻalaynaa: ʹInnaa kunnaa faaʻileen.
ފޮތަށް ކަރުދާސްގަނޑު ފަތްޖަހާލާފަދައިން ތިމަންރަސްކަލާނގެ އުޑު ފަށްފަށްޖައްސަވާލާދުވަސް ހަނދާންކުރާށެވެ! (އެއީ قيامة ދުވަހެވެ.) އެދުވަހުން خَلْقُ ތަކުން އެމީހުން ފުރަތަމަ ދުނިޔެއަށް އައިއިރު ތިބިގޮތަށް (އޮރިޔާމުން އަދި ފައިވާނެއްވެސްނެތި) ހަމައެގޮތަށް އެމީހުން ހައްދަވައި إعَاد ކުރައްވާހުށީމެވެ.
-
21:105
وَلَقَدْ كَتَبْنَا فِى ٱلزَّبُورِ مِنۢ بَعْدِ ٱلذِّكْرِ أَنَّ ٱلْأَرْضَ يَرِثُهَا عِبَادِىَ ٱلصَّـٰلِحُونَ
Wa-laq̣ad katabna fiz Zaboori mim baʻdiẓ Ẓikri ʹannal ʹarḍa yaris̤uhaa ʻIbaadiyaṣ Ṣaaliḥoon.
އަދި ހަމަކަށަވަރުން تَورَاة އަށްފަހު ބާވައިލެއްވި ފޮތްތަކުގައިވާ (زَبُور ގައި) ނުވަތަ لَوحُ المَحْفُوظ ތިމަންރަސްކަލާނގެ ލިއުއްވާފައިވާނެއެވެ. ހަމަކަށަވަރުން ސުވަރުގޭގެ ބިން ވާރުތަކުރައްވާނީ ތިމަންރަސްކަލާނގެ صالح އަޅުތަކުންނެވެ. • ދަންނައެވެ. މިއާޔަތުގައި މިވާ زَبُور އާއިމެދު مُفَسِّر ންގެ ބަސްތަފާތެވެ. އަޅުގަނޑު ލިޔެފައި އެވަނީ އޭގެ އެއްގޮތެވެ. އެއީ ابن جَرِيرُ الطَّبرى ވެސް ބުރަވެވަޑައިގަންނަވާގޮތެވެ. والله أعلم.
-
21:106
إِنَّ فِى هَـٰذَا لَبَلَـٰغًا لِّقَوْمٍ عَـٰبِدِينَ
ʹInna fee haaẓaa la-Balaag̣al liq̣awmin ʻAabideen.
ހަމަކަށަވަރުން މި قرآن ގައި ނުވަތަ މިސޫރަތުގައި، ﷲ ގެ އަޅުކަމާއިގެން مَشْغُولُ ވެ އުޅޭ އަޅުވެރިންނަށް ކަނޑައެޅި بيان ވެގެންވާ وعظ އާއި نصيحة އަދި فَرَائِض ތައް އަދި އެދެވޭ އެދުންތައްވެއެވެ.
-
21:107
وَمَآ أَرْسَلْنَـٰكَ إِلَّا رَحْمَةً لِّلْعَـٰلَمِينَ
Wa-maaa ʹarsalnaaka ʹillaa Raḥmatal lilʻaalameen.
(އޭ رسول ﷲ އެވެ!) عَالَمُ ތަކަށްވާ رحمة އެއްކަމުގައި މެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު رَسول ކަމާއިގެން ނުފޮނުއްވަމުއެވެ. އެބަހީ: ކަލޭގެފާނު ފޮނުއްވުމަކީ عالم ތަކަށްވާ رحمة އެކެވެ.
-
21:108
قُلْ إِنَّمَا يُوحَىٰٓ إِلَىَّ أَنَّمَآ إِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ ۖ فَهَلْ أَنتُم مُّسْلِمُونَ
Q̣ul ʹinnamaa yooḥaaa ʹilayya ʹannamaaa ʹIlaahukum ʹIlaahuñw Waaḥid: fahal ʹañtum Muslimoon?
ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނަށް وحي އިއްވެވިގެންވަނީ ކަލޭމެންގެ إله ވާކަން ކަށަވަރީ ހަމައެންމެ إله އަކުކަމުގައެވެ. (އެއީ އެންމެހައި ތަކެތީގެ ربّ ކަމުގައިވާ ﷲ تعالى އެވެ.) ކަލޭމެން ފަހެ (އެކަލާނގެ އެއްކައުވަންތަ ކުރުމާއި އެކަލާނގެއަށް އަޅުކަން إخلاص ތެރިކުރުމުގައި) އެކަލާނގެއަށް ކިޔަމަންވެ ބޯލަނބާނޫހެއްޔެވެ؟ އެބަހީ: ބޯލަނބައި ކިޔަމަންވާށެވެ.
-
21:109
فَإِن تَوَلَّوْا۟ فَقُلْ ءَاذَنتُكُمْ عَلَىٰ سَوَآءٍ ۖ وَإِنْ أَدْرِىٓ أَقَرِيبٌ أَم بَعِيدٌ مَّا تُوعَدُونَ
Faʹiñ tawallaw faq̣ul ʹaaẓañtukum ʻalaa sawaaaʹ; wa-ʹin ʹadreee ʹaq̣areebun ʹam̃ baʻeedum maa tooʻadoon.
ދެންފަހެ އެމީހުން - އެބަހީ: އެ مشرك ން - إسلام دين ން އެނބުރި ފުރަގަސްދީފިނަމަ ދެން ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނާއި ކަލޭމެންނާ ދެފަރާތް ހަމަހަމަ ވާގޮތަށް ތިމަންކަލޭގެފާނު (ހަނގުރާމަ) މި إعلان ކުރީއެވެ. އަދި ކަލޭމެންނަށް وعد ވެވިގެންވާ ކަންތައް - (އެބަހީ: ކޯފާޔާއި عذاب - ނުވަތަ ކާފަރުވީ މީސްތަކުން ދެރަވުމާއި ތިމަންކަލޭގެފާނާއި إسلام دين ގަދަވެގަތުން - ނުވަތަ قيامة ގެ عذاب) ގާތްވެގެންވާ ކަމެއް ނުވަތަ ދުރުގައިވާ ކަމެއް ތިމަންކަލޭގެފާނަކަށް އެގިވަޑައި ނުގަންނަވައެވެ.
-
21:110
إِنَّهُۥ يَعْلَمُ ٱلْجَهْرَ مِنَ ٱلْقَوْلِ وَيَعْلَمُ مَا تَكْتُمُونَ
ʹInnahoo yaʻlamul jahra minal q̣awli wa-yaʻlamu maa- taktumoon.
(އިސްލާމްދީނާ އިދިކޮޅަށް) ކަލޭމެން ބުނާހާ ބަސްތައް އަޑުހަރުކޮށް ބުންޏަސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ކަލޭމެން ވަންހަނާކުރާ ކަންތައްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.
-
21:111
وَإِنْ أَدْرِى لَعَلَّهُۥ فِتْنَةٌ لَّكُمْ وَمَتَـٰعٌ إِلَىٰ حِينٍ
Wa-ʹin ʹadree laʻallahoo fitnatul lakum wa-mataaʻun ʹilaa ḥeen.
(111-112) އަދި ކަލޭމެންނަށް މުހުލަތުދެއްވާފައިވަނީ ކަލޭމެންނަށްވާ إمتحان އެއްކަމުގައިވެސް ވެދާނެއެވެ. އެއީ ދުވަސްކޮޅަކު ކަލޭމެން ދުނިޔޭގައި އަރާމުކޮށްލުމަށްކަމުގައިވެސް ވެދާނެއެވެ. އެއިން އެއްވެސްކަމެއް ތިމަންކަލޭގެފާނަކަށް އެގިވަޑައި ނުގަންނަވައެވެ. އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. (މިއަޅާއާއި މިބައިމީހުންނާއި ދެމެދު) حقّ ގޮތުގައި حكم ކުރައްވާނދޭވެ! އަދި އޭ އެންމެހައި مشرك ންނޭވެ. ކަލޭމެން ތިޔަބުނާ ދޮގުތަކާއި ތިޔަ ސިފަކުރާ ސިފަކުރުންތަކާއިމެދު ވާގިއެދެވޭ ފަރާތަކީ އަޅަމެންގެ ربّ ކަމުގައިވާ رحمن ވަންތަ ﷲ އެވެ.
-
21:112
قَـٰلَ رَبِّ ٱحْكُم بِٱلْحَقِّ ۗ وَرَبُّنَا ٱلرَّحْمَـٰنُ ٱلْمُسْتَعَانُ عَلَىٰ مَا تَصِفُونَ
Q̣aala Rabbiḥ kum̃ bil-Ḥaq̣q̣! Wa-Rabbunar Raḥmaanul Mustaʻaanu ʻalaa maa- taṣifoon!
(111-112) އަދި ކަލޭމެންނަށް މުހުލަތުދެއްވާފައިވަނީ ކަލޭމެންނަށްވާ إمتحان އެއްކަމުގައިވެސް ވެދާނެއެވެ. އެއީ ދުވަސްކޮޅަކު ކަލޭމެން ދުނިޔޭގައި އަރާމުކޮށްލުމަށްކަމުގައިވެސް ވެދާނެއެވެ. އެއިން އެއްވެސްކަމެއް ތިމަންކަލޭގެފާނަކަށް އެގިވަޑައި ނުގަންނަވައެވެ. އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. (މިއަޅާއާއި މިބައިމީހުންނާއި ދެމެދު) حقّ ގޮތުގައި حكم ކުރައްވާނދޭވެ! އަދި އޭ އެންމެހައި مشرك ންނޭވެ. ކަލޭމެން ތިޔަބުނާ ދޮގުތަކާއި ތިޔަ ސިފަކުރާ ސިފަކުރުންތަކާއިމެދު ވާގިއެދެވޭ ފަރާތަކީ އަޅަމެންގެ ربّ ކަމުގައިވާ رحمن ވަންތަ ﷲ އެވެ.
Surah Al-HajjBegins here at 22:1
-
22:1
يَـٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمْ ۚ إِنَّ زَلْزَلَةَ ٱلسَّاعَةِ شَىْءٌ عَظِيمٌ
Yaaaʹayyuhan naasut taq̣oo Rabbakum! ʹInna zalzalatas Saaʻati shayʹun ʻaz̤̣eem!
އޭ މީސްތަކުންނޭވެ! ކަލޭމެން ކަލޭމެންގެ ربّ އަށް ބިރުވެތިވާށެވެ! (އެކަލާނގެއަށް تقوى ވެރިވާށެވެ! އެއީ އެކަލާނގެ އެންގެވި واجب ތައް އަދާކޮށްގެންނާއި حرام ކުރެއްވި ކަންތަކުން ދުރުވެގަނެގެންނެވެ.) ހަމަކަށަވަރުން قيامة ވުމުގެ زَلْزَلة އަކީ (ދުނިޔެ ތެޅިގަނެ ގުޑައިގެންދާ ދިއުމަކީ) ބިރުބޮޑުވެގެންވާ ކަމެކެވެ.
-
22:2
يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّآ أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى ٱلنَّاسَ سُكَـٰرَىٰ وَمَا هُم بِسُكَـٰرَىٰ وَلَـٰكِنَّ عَذَابَ ٱللَّهِ شَدِيدٌ
Yawma tarawnahaa taẓhalu kullu murḍiʻatin ʻammaaa ʹarḍaʻat wa-taḍaʻu kullu ẓaati ḥamlin ḥamlahaa wa-taran naasa sukaaraa wa-maa hum̃ bisukaaraa wa-laakinna ʻaẓaabal laahi shadeed.
އެދުވަހުގެ ބިރުވެރިކަން ބޮޑުކަމުން އެދުވަހުން ކޮންމެ ކިރުމަޔަކު ކަލޭގެފާނު ދެކެވަޑައިގަންނަވާނީ އޭނާ ކިރުދޭ ދަރިފުޅުގެ މަތީން ހަނދާންނެތި غافل ވެގެންވާތީއެވެ. (އެއީ އެދުވަހުގެ ބިރުވެރިކަމުގެ ބޮޑުކަމުންނެވެ.) އަދި ބަލިވެއިން ކޮންމެ އަންހެނެއްގެ ބަނޑުގައި އޮތްދަރި (ދުވަސް ހަމަނުވަނިސް) ވެއްޓޭނެއެވެ. އަދި އެދުވަހުން ކަލޭގެފާނު މީސްތަކުން ދެކެވަޑައިގަންނަވާނީ މަސްތުވެގެންވާތީއެވެ. އެކަމަކު އެމީހުން އެވަނީ މަސްތުވެގެންނެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ﷲ ގެ عذاب ގެ ގަދަކަމުން އެމީހުންނަށް ވެފައިވާ ގޮތެވެ. (ބުއްދިތައް މުޅިން ހަމައިން ނެއްޓި ގޮތްހުސްވެފައިވާތީ ހީވާގޮތެވެ.)
-
22:3
وَمِنَ ٱلنَّاسِ مَن يُجَـٰدِلُ فِى ٱللَّهِ بِغَيْرِ عِلْمٍ وَيَتَّبِعُ كُلَّ شَيْطَـٰنٍ مَّرِيدٍ
Wa-minan naasi mañy yujaadilu fil laahi big̣ayri ʻilmiñw Wayattabiʻu kulla shayṭaanim mareed!
އަދި އެބައިމީހުންނަށް އެއްވެސް އެނގުމެއް علمގެ އަލިކަމެއްނެތި ﷲ އާއިމެދު (އެބަހީ: ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމާއިމެދު) جَدَل ކުރާމީހުން މީސްތަކުންގެތެރޭގައިވެއެވެ. އަދި ނުކިޔަމަންތެރި ކޮންމެ شيطان އަކާއި އެފަދަމީހުން تَبَع ވެއެވެ. (އެބަހީ: ޖަދަލު ކުރުމުގައި شيطانއާގެ ވަސްވާސްތަކާއި އޭނާގެ ބުނުންތަކާއި تَبَع ވެއެވެ.)
-
22:4
كُتِبَ عَلَيْهِ أَنَّهُۥ مَن تَوَلَّاهُ فَأَنَّهُۥ يُضِلُّهُۥ وَيَهْدِيهِ إِلَىٰ عَذَابِ ٱلسَّعِيرِ
Kutiba ʻalayhi ʹannahoo mañ tawallaahu faʹannahoo yuḍilluhoo wa-yahdeehi ʹilaa ʻAẓaabis Saʻeer.
ހަމަކަށަވަރުން އެ شيطان އާ އާއިމެދު ނިޔާކުރެވި ކަނޑައެޅެވިގެންވަނީ ހަމަކަށަވަރުން އެސޮރާ تبع ވެއްޖެ ކޮންމެ މީހަކުވެސް ކަނޑައެޅިގެން އެސޮރު އެމީހަކު މަގުފުރެއްދުމެވެ. އަދި އެސޮރު އެމީހަކަށް މަގުދައްކާނީ ސީދާ އަލިފާނުގެ عذاب އަށް ދިއުމަށެވެ.
-
22:5
يَـٰٓأَيُّهَا ٱلنَّاسُ إِن كُنتُمْ فِى رَيْبٍ مِّنَ ٱلْبَعْثِ فَإِنَّا خَلَقْنَـٰكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِى ٱلْأَرْحَامِ مَا نَشَآءُ إِلَىٰٓ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوٓا۟ أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرْذَلِ ٱلْعُمُرِ لِكَيْلَا يَعْلَمَ مِنۢ بَعْدِ عِلْمٍ شَيْـًٔا ۚ وَتَرَى ٱلْأَرْضَ هَامِدَةً فَإِذَآ أَنزَلْنَا عَلَيْهَا ٱلْمَآءَ ٱهْتَزَّتْ وَرَبَتْ وَأَنۢبَتَتْ مِن كُلِّ زَوْجٍۭ بَهِيجٍ
Yaaaʹayyuhan naasu ʹiñ kuñtum fee raybim minal Baʻs̤i faʹinnaa khalaq̣naakum miñ turaabiñ s̤umma min nuṭfatiñ s̤umma min ʻalaq̣atiñ s̤umma mim muḍg̣atim mukhallaq̣atiñw wag̣ayri mukhallaq̣atil linubayyina lakum. Wa-nuq̣irru fil ʹarḥaami maa- nashaaaʹu ʹilaaa ʹajalim musammañ s̤umma nukhrijukum ṭiflañ s̤umma litablug̣ooo ʹashuddakum; wa-miñkum mañy yutawaffaa wa-miñkum mañy yuraddu ʹilaaa ʹarẓalil ʻumuri likaylaa yaʻlama mim baʻdi ʻilmiñ shayʹaa. Wa-taral ʹarḍa haamidatañ faʹiẓaaa ʹañzalnaa ʻalayhal maaaʹah tazzat wa-rabat wa-ʹambatat miñ kulli zawjim baheej.
އޭ މީސްތަކުންނޭވެ! محشر އަށް ފޮނުވުމާއިމެދު ކަލޭމެންނަށް ޝައްކެއްވާނަމަ (ކަލޭމެން ނިކަން ކަލޭމެންގެ أصل ހެއްދެވުމަށް ވިސްނާ فكر ކޮށްބަލާށެވެ.) ފަހެ ހަމަކަށަވަރުން ފުރަތަމަ ކަލޭމެންގެ ބައްޕަކަމުގައިވާ آدم عليه السّلام ތިމަންރަސްކަލާނގެ ހެއްދެވީ ވެލީންނެވެ. ދެން ކަލޭމެން ހެއްދެވީ މަނިފޮދުވަރަކުންނެވެ. ދެން އެމަނިފޮދުވަރު (މަންމަގެ رَحِمُ ގައި) ގަނޑުލެއިކޮޅަކަށް ހެއްދެވީމެވެ. ދެން އެގަނޑުލެއިކޮޅު މަސްކޮޅަކަށް ހެއްދެވީމެވެ. އެއީ آدم ގެ ދަރިއެއްގެ صورة ރަނގަޅަށް ފައުޅުވާ ގޮތަށާއި އަދި صورة ފައުޅުނުވާ ގޮތަށެވެ. (އެބަހީ: ބައެއްފަހަރު ފުރިހަމަ އިންސާނަކަށް ނުވެ މައިމީހާގެ رَحِم ން ވެއްޓިދެއެވެ.) އެހުރިހާ ގޮތަކަށް ތިމަންރަސްކަލާނގެ ހައްދަވަނީ ތިމަންރަސްކަލާނގެ قدرة ވަންތަކަމާއި އެއްކައުވަންތަކަން ކަލޭމެންނަށް بيان ކޮށްދެއްވުމަށެވެ. ދެން އެ އިންސާނާ މައިމީހާގެ رَحِمُ ގައި ކަނޑައެޅިގެންވާ މުއްދަތަކަށް ތިމަންރަސްކަލާނގެ قرار ކުރައްވައި ބާއްވަމެވެ. އެއީ ބަލިވެއިނުމުގެ މުއްދަތު ހަމަވާންދެނެވެ. ދެން ކުޑަކުޑަކުއްޖެއްގެ ގޮތުގައި ތިމަންރަސްކަލާނގެ ކަލޭމެން ދުނިޔެއަށް ނެރެމެވެ. ދެން ކަލޭމެން ބޮޑުވަމުންގޮސް ކަލޭމެންގެ ގައިބާރުގަދަވެ ބުއްދި ފުރިހަމަވާ عُمر އަށް ތިމަންރަސްކަލާނގެ ކަލޭމެން ފޮނުއްވަމެވެ. އަދި އޭގެ ކުރިން މަރުވެގެންދާ ބަޔަކުވެސް ކަލޭމެންގެތެރެއިންވެއެވެ. އަދި މުސްކުޅިވެ ލޯބޯކޮށިވެ ވާނުވާ ނޭނގެ ވަރަށް - أَرْذَلُ العمر އެވެ ކިޔާހިސާބަށް ދާންދެން މަރުނުވެ ތިބޭމީހުންވެއެވެ. އެހިސާބަށްދާއިރު ރަނގަޅަށް ތަންދޮރު ނޭނގެއެވެ. އެއީ ކުރީގައި ރަނގަޅަށް ތަންދޮރު އެނގި އޮޅުންފިލައި އުޅުމަށްފަހުގައެވެ. އަދި ބިންގަނޑު ހިކިވެ ހަނަފަސްވެފައިވާތަން ކަލޭގެފާނު ދެކެވަޑައި ގަންނަވާނެއެވެ. ދެންފަހެ އެބިންގަނޑަށް ތިމަންރަސްކަލާނގެ ފެން ވެއްސެވުމުން އެބިންގަނޑު ޙަރަކާތްތެރިވެ ބޮޑުވެ އަދި ފަތްޕިލާވެލީގެ ރީތި އަދި ނަލަ ކޮންމެ ބާވަތެއްގެ ޖޯޑުޖޯޑު އެބިންގަނޑުން ފަޅައެވެ. މިއެވެ. (މިބަޔާންވެދިޔަފަދަ ކަންތައްތައް ހިންގަވާ ކަލަކަށް މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި محشر އަށް ފޮނުއްވުން ދަތިނުވާނޭކަން ކޮންމެ ސަލާމަތް ބުއްދިއަކަށް އެނގެންވާނެކަމަށް ފެނެއެވެ. މާތް ﷲ އަޅަމެން މަގުނުފުރައްދަވައި އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަ ކަމަށް ވިސްނާ فكر ކުރުމުގެ ހެޔޮ توفيق އަޅަމެނަށް ދެއްވާންދޭވެ. آمين)
-
22:6
ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلْحَقُّ وَأَنَّهُۥ يُحْىِ ٱلْمَوْتَىٰ وَأَنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Ẓaalika biʹannal laaha Huwal Ḥaq̣q̣u wa-ʹannahoo yuḥyil mawtaa wa-ʹannahoo ʻalaa kulli shayʹiñ Q̣adeer.
އެއީ (އެބަހީ: ތިމަންރަސްކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ مثال ތައް ތިމަންރަސްކަލާނގެ ކަލޭމެނަށް ދައްކަވައި އެވާހަކަތައް ހަނދާންކޮށްދެއްވަނީ) ތިމަންރަސްކަލާނގެ އެއީ އަޅުކަން އެފަރާތަށް ވެވުން حقّ ވަންތަ ކަލާނގެކަން ކަލޭމެން ދެނެ އެގޮތުގެމަތީގައި إيمان ވެ ތެދުކުރުމަށެވެ. އަދި ހަމަކަށަވަރުން އެކަލާނގެއީ މަރުވެފައިވާ ތަކެތި ދިރުއްވާ ކަލާނގެކަމާއި އަދި ހަމަކަށަވަރުން ކޮންމެކަމެއްގެ މައްޗަށް އެކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވާކަންއެންގެވުމަށެވެ.
-
22:7
وَأَنَّ ٱلسَّاعَةَ ءَاتِيَةٌ لَّا رَيْبَ فِيهَا وَأَنَّ ٱللَّهَ يَبْعَثُ مَن فِى ٱلْقُبُورِ
Wa-ʹannas Saaʻata ʹaatiyatul laa rayba feeha wa-ʹannal laaha yabʻas̤u mañ fil q̣uboor.
އަދި ހަމަކަށަވަރުން قيامة ދުވަހަކީ އަންނާނޭ ދުވަހެއްކަން ކަށަވަރެވެ. އެޔާމެދު އެއްވެސް ޝައްކެއްނެތެވެ. އަދި ހަމަކަށަވަރުން قَبْر ތަކުގައިވާ މީސްތަކުން ﷲ تعالى އެމީހުން ދިރުއްވައި مَحْشر އަށް ފޮނުއްވާނެއެވެ. (އަދި عمل ތަކަށް ފުރިހަމަ ޖަޒާދެއްވާނެއެވެ.)
-
22:8
وَمِنَ ٱلنَّاسِ مَن يُجَـٰدِلُ فِى ٱللَّهِ بِغَيْرِ عِلْمٍ وَلَا هُدًى وَلَا كِتَـٰبٍ مُّنِيرٍ
Wa-minan naasi mañy yujaadilu fil laahi big̣ayri ʻilmiñw walaa Hudañw Walaa Kittabim Muneer,
އަދި އެއްވެސް علم އެއް އެނގުމެއް، އަދި ތެދުމަގެއްވިޔަސް ނެތި އަދި އޭނާ އެބުނާ އެއްޗެއް ތެދުކަމަށް دليل ކުރާނޭ އެއްވެސް ފޮތެއްގެ އަލިކަމެއް ނެތި ﷲ ގެ ރަސްކަންފުޅާއިމެދު جَدَل ކޮށް ދެކޮޅުހަދާމީހުން މީސްތަކުންގެ ތެރޭގައިވެއެވެ.
-
22:9
ثَانِىَ عِطْفِهِۦ لِيُضِلَّ عَن سَبِيلِ ٱللَّهِ ۖ لَهُۥ فِى ٱلدُّنْيَا خِزْىٌ ۖ وَنُذِيقُهُۥ يَوْمَ ٱلْقِيَـٰمَةِ عَذَابَ ٱلْحَرِيقِ
S̤aaniya ʻiṭfihee liyuḍilla ʻañ Sabeelil laah: lahoo fid dunyaa khizyuñw wanuẓeeq̣uhoo Yawmal Q̣iyaamati ʻAẓaabal Ḥareeq̣.
އަދި އެފަދަމީހުންނަށް ގޮވާލެވޭ ގޮވައިލުމަށް އެމީހުންގެ ބޮޑާކަމުން ފުރަގަސްދީ ހަދައެވެ. އެއީ ﷲ ގެމަގުން މީސްތަކުން މަގުފުރެއްދުމަށްޓަކައެވެ. އޭނާއަށް ދުނިޔޭގައި ހުރީ ދެރަކަމާއި ނިކަމެތިކަމެވެ. އަދި قيامة ދުވަހުން އަނދައަނދާހުރި އަލިފާނުގެ عذاب ގެ ރަހަ ތިމަންރަސްކަލާނގެ އޭނާއަށް ދައްކަވާހުށީމެވެ.
-
22:10
ذَٰلِكَ بِمَا قَدَّمَتْ يَدَاكَ وَأَنَّ ٱللَّهَ لَيْسَ بِظَلَّـٰمٍ لِّلْعَبِيدِ
Ẓaalika bimaa q̣addamat yadaaka wa-ʹannal laaha laysa biz̤̣allaamil lilʻabeed.
(އަދި އޭނާއަށް އެންގެވޭނެއެވެ.) އެފަދަ عذاب ކަލެއަށް ލިބެނީ ކަލޭ އިސްކޮށްފައިވާ عمل ތަކުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ނުވެއެވެ.
-
22:11
وَمِنَ ٱلنَّاسِ مَن يَعْبُدُ ٱللَّهَ عَلَىٰ حَرْفٍ ۖ فَإِنْ أَصَابَهُۥ خَيْرٌ ٱطْمَأَنَّ بِهِۦ ۖ وَإِنْ أَصَابَتْهُ فِتْنَةٌ ٱنقَلَبَ عَلَىٰ وَجْهِهِۦ خَسِرَ ٱلدُّنْيَا وَٱلْـَٔاخِرَةَ ۚ ذَٰلِكَ هُوَ ٱلْخُسْرَانُ ٱلْمُبِينُ
Wa-minan naasi mañy yaʻbudul laaha ʻalaa ḥarf: faʹin ʹaṣaabahoo khayruniṭ maʹanna bih; wa-ʹin ʹaṣaabathu fitnatuniñ q̣alaba ʻalaa wajhih; khasirad dunyaa wal-ʹAakhirah; ẓaalika huwal khusraanul Mubeen.
އަދި ޝައްކެއްގައި ހުރެގެން ﷲ އަށް އަޅުކަންކުރާމީހުން މީސްތަކުންގެތެރޭގައި ވެއެވެ. ދެންފަހެ އެމީހުންނަށް ހެޔޮކަމެއް ދިމާވެއްޖެއްޔާ (އެބަހީ: ރިޒުގު ތަނަވަސްވުންފަދަ دنيوى ހަމަޖެހުމެއް ދިމާވެއްޖެއްޔާ) އެ دين މަތީ قائم ވެތިބެއެވެ. ހަމަޖެހިގެން ތިބެއެވެ. އަދި އެމީހުންނަށް فِتْنَة އެއް ދިމާވެއްޖެއްޔާ (އެބަހީ: ތަދުމަޑުވުންފަދަ ދަތި އުނދަގުލެއް ދިމާވެއްޖެއްޔާ އެމީހުން އެމީހުންގެ މޫނު މައްޗަށް ފުރޮޅިދެއެވެ. އެބަހީ: دين ދޫކޮށް މުރުތައްދުވެދެއެވެ. ދުނިޔެއާއި آخرة ނަގައިލައެވެ. بيان ވެގެންވާ ގެއްލުމާއި ހަލާކަކީ އެއީއެވެ.
-
22:12
يَدْعُوا۟ مِن دُونِ ٱللَّهِ مَا لَا يَضُرُّهُۥ وَمَا لَا يَنفَعُهُۥ ۚ ذَٰلِكَ هُوَ ٱلضَّلَـٰلُ ٱلْبَعِيدُ
Yadʻoo miñ doonil laahi maa laa- yaḍurruhoo wamaa laa- yañfaʻuh: ẓaalika huwaḍ ḍalaalul baʻeed!
އެފަދަމީހާ ﷲ ފިޔަވައި އޭނާ دعاء ކޮށް އަޅުކަންކޮށް އެހަދަނީ އޭނާއަށް އެއްވެސް ގެއްލުމެއް އަދި އުނދަގުލެއް ނުދެވޭ އަދި އޭނާއަށް އެއްވެސް مَنْفَعَ އެއްވެސް ނުދޭ ތަކެއްޗަށެވެ. ބުދަށެވެ. ދުރުވެގެންވާ މަގުފުރެދުމަކީ އެއީއެވެ.
-
22:13
يَدْعُوا۟ لَمَن ضَرُّهُۥٓ أَقْرَبُ مِن نَّفْعِهِۦ ۚ لَبِئْسَ ٱلْمَوْلَىٰ وَلَبِئْسَ ٱلْعَشِيرُ
Yadʻoo lamañ ḍarruhooo ʹaq̣rabu min nafʻih: labiʹsal mawlaa wa-labiʹsal ʻasheer!
އޭނާ دعاء ކޮށް އަޅުކަން އެކުރަނީ އެއެއްޗެއްގެ مَنْفَعَ އާއި ލާބައަށްވުރެ އެއެއްޗެއްގެ ގެއްލުމާއި ހަލާކު ގާތްވެގެންވާ އެއްޗަކަށް ކަން ކަށަވަރެވެ. ކަނޑައެޅިގެން نَصْر ވެރިޔާ ނުބައި ވެގެންވެއެވެ. އަދި ކަނޑައެޅިގެން އެކުވެރިޔާވެސް ނުބައިވެގެންވެއެވެ. އެބަހީ: ބުދަކީ نصر ވެރިއަކުކަމުގައި ބެލިއްޔާވެސް އެއީ ނުބައިވެގެންވާ نصر ވެރިއެކެވެ. އަދި ނުބައި އެކުވެރިއެކެވެ. (އެއީ އެއަށް އަޅުކަންކުރާމީހާއެވެ.)
-
22:14
إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۚ إِنَّ ٱللَّهَ يَفْعَلُ مَا يُرِيدُ
ʹInnal laaha yudkhilul laẓeena ʹaamanoo wa-ʻamiluṣ Ṣaaliḥaati Jannaatiñ tajree miñ taḥtihal ʹanhaar: ʹinnal laaha yafʻalu maa- yureed.
إيمان ވެގެން صالح عمل ތައްކުރި މީސްތަކުން (ދަންނައެވެ.) ހަމަކަށަވަރުން ﷲ تعالى އެމީހުން ސުވަރުގެ ވައްދަވާހުއްޓެވެ. އެތަންތާނގެ ދަށުން އާރުތައް ދެމިދެމިއޮންނަ ބަގީޗާތަކަކަށް އެމީހުން ވައްދަވާހުއްޓެވެ. އަދި ހަމަކަށަވަރުން ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާ ކަންތައް ކުރައްވައެވެ.
-
22:15
مَن كَانَ يَظُنُّ أَن لَّن يَنصُرَهُ ٱللَّهُ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ فَلْيَمْدُدْ بِسَبَبٍ إِلَى ٱلسَّمَآءِ ثُمَّ لْيَقْطَعْ فَلْيَنظُرْ هَلْ يُذْهِبَنَّ كَيْدُهُۥ مَا يَغِيظُ
Mañ kaana yaz̤̣unnu ʹal lañy yañṣurahul laahu fid dunyaa wal-ʹAakhirati fal-yamdud bisababin ʹilas samaaaʹi s̤ummal yaq̣ṭaʻ falyañz̤̣ur hal yuẓhibanna kayduhoo maa- yag̣eez̤̣!
ﷲ تعالى - محمّد ﷺ އަށް ދުނިޔެއާއި آخرة ގައިވެސް نَصْرُ ނުދެއްވާނެކަމަށް ހީކުރާމީހާ، (އެކަލޭގެފާނު ދެކެ ރުޅިއައިސް حسد ވެރިވާމީހާ) ފަހެ އޭނާ ގޭގެ ފުރާޅުގައި ވާފަށެއް އައްސައި (ދެން އޭނާ އޭގައި ދަންޖެހުމަށްފަހު) އޭނާ އެވާފަށް ކަނޑައިލާށެވެ. (އެބަހީ: އޭނާ ރުޅިއައިސްގެން ހެދޭނެހާ އެއްޗެއް ހަދައިބަލާށެވެ.) ދެން އޭނާ އެރޭވި ރޭވުމަށް އަދި ހެދި حيلة އަށް ބަލައިބަލާށެވެ. ފަހެ އެކަންތަކުން އޭނާ އައިސްފައިވާ ރުޅިވެރިކަމާއި حسد ވެރިކަން އޭނާގެ ކިބައިން ދުރުވިބާވައެވެ؟ އެކަން އޭނާގެ ކިބައިން ފިލައިދިޔަ ބާވައެވެ؟ (މިއާޔަތުގެ تفسير އަދި މިނޫންގޮތްގޮތަށްވެސް ވެއެވެ.)
-
22:16
وَكَذَٰلِكَ أَنزَلْنَـٰهُ ءَايَـٰتٍۭ بَيِّنَـٰتٍ وَأَنَّ ٱللَّهَ يَهْدِى مَن يُرِيدُ
Wa-kaẓaalika ʹañzalnaahu ʹAayaatim Bayyinaatiñw Waʹannal laaha yahdee mañy yureed!
އަދި އެފަދައިން (އެބަހީ: ތިމަންރަސްކަލާނގެ قدرة ތެރިކަމާއިމެދު ދެކޮޅުހަދާ މީހުންނަށް ތިމަންރަސްކަލާނގެ حجّة ތަކާއި دليل ތައް بيان ކޮށްދެއްވިފަދައިން) ތިމަންރަސްކަލާނގެ އެކަލޭގެފާނަށް (އެބަހީ: محمّد ﷺ އަށް) بيان ވެގެންވާ دليل ތަކާއި حجّة ތައް ބާވައިލެއްވީމެވެ. ފަހެ ހަމަކަށަވަރުން ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ތެދުމަގުދައްކަވައެވެ.
-
22:17
إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلصَّـٰبِـِٔينَ وَٱلنَّصَـٰرَىٰ وَٱلْمَجُوسَ وَٱلَّذِينَ أَشْرَكُوٓا۟ إِنَّ ٱللَّهَ يَفْصِلُ بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ شَهِيدٌ
ʹInnal laẓeena ʹaamanoo wallaẓeena haadoo waṣ-Ṣaabiʹeena wan-Naṣaaraa wal-Majoosa wallaẓeena ʹashrakooo ʹinnal laaha yafṣilu baynahum Yawmal Q̣iyaamah: ʹinnal laaha ʻalaa kulli shayʹiñ Shaheed.
ހަމަކަށަވަރުން إيمان ވީ މީސްތަކުންނާއި އަދި يَهُودي ންކަމުގައިވީ މީހުންނާއި އަދި صَابِى އިންނާއި އަދި نَصَارى އިންނާއި مَجُوسِى ންނާއި އަދި شَرِيكُ ކުރި މީހުންނާއި މި އެންމެންގެ މެދުގައި ﷲ تعال قيامة ދުވަހުން فيصلة ކުރައްވައި حكم ކުރައްވާނެއެވެ. ހަމަކަށަވަރުން ﷲ تعالىއީ ކޮންމެ ކަމަކަށްވެސް ހެކިވެވޮޑިގަންނަވާ ކަލާނގެއެވެ. • ދަންނައެވެ. صَابى ންނަކީ سَمَاوِي އެއްވެސް دين އެއް قبول ނުކުރާ ބައެއްކަމުގައި ބުނެވުނެވެ. ނުވަތަ އެއީ ތަރިޔަށް ނުވަތަ މަލާއިކަތުންނަށް އަޅުކަންކުރާ މީހުންކަމުގައިވެސް ބުނެވުނެވެ. والله أعلم.
-
22:18
أَلَمْ تَرَ أَنَّ ٱللَّهَ يَسْجُدُ لَهُۥ مَن فِى ٱلسَّمَـٰوَٰتِ وَمَن فِى ٱلْأَرْضِ وَٱلشَّمْسُ وَٱلْقَمَرُ وَٱلنُّجُومُ وَٱلْجِبَالُ وَٱلشَّجَرُ وَٱلدَّوَآبُّ وَكَثِيرٌ مِّنَ ٱلنَّاسِ ۖ وَكَثِيرٌ حَقَّ عَلَيْهِ ٱلْعَذَابُ ۗ وَمَن يُهِنِ ٱللَّهُ فَمَا لَهُۥ مِن مُّكْرِمٍ ۚ إِنَّ ٱللَّهَ يَفْعَلُ مَا يَشَآءُ ۩
ʹAlam tara ʹannal laaha yasjudu lahoo mañ fis samaawaati wa-mañ fil ʹarḍi washshamsu walq̣amaru wan-nujoomu wal-jibaalu washshajaru wad-dawaaabbu wa-kas̤eerum minan naas? Wa-kas̤eerun ḥaq̣q̣a ʻalayhil ʻAẓaab. Wa-mañy yuhinil laahu famaa lahoo mim mukrim: ʹinnal laaha yafʻalu maa- yashaaaʹ.
(އޭ رسول ﷲ އެވެ.) ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހާބަޔަކު ﷲ تعالى އަށް سجدة ކުރައްވާކަން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އެނގިވަޑައިނުގަންނަވައިތޯއެވެ؟ (އުޑުތަކުގައިވާ މީހުންނަކީ ملائكة ބޭކަލުންނެވެ. ބިމުގައިވާ މީހުންނަކީ އިންސާނުންނާއި ޖިންނީންނެވެ. ދެންވެސް އެހެނިހެން خَلق ތަކެވެ.) އަދި އިރާއި ހަނދާއި ތަރިތަކާއި ފަރުބަދަތަކާއި ގަސްގަހާގެއްސާއި އަދި دَابَّة ތަކާއި އަދި މީސްތަކުންގެ ތެރެއިން ގިނަބަޔަކާއި (އެއީ މުއުމިނުންނެވެ.) މިހުރިހާތަކެތިވެސް ﷲ އަށް سجدة ކުރެއެވެ. (މީސްތަކުންގެތެރެއިން سَجِدَة ކުރާބަޔަކީ مؤمن ންނެވެ.) އަދި އެމީހުންގެމައްޗަށް عذاب حقّ ވެގެންވާ އެތައްބަޔަކުވެއެވެ. (އެއީ އެމީހުންގެ ކާފަރުކަމާއި ނުކިޔަމަންތެރިކަމުންނެވެ.) އެކަމަކު އެމީހުންގެ ހިޔަނިތައް ﷲ އަށް سجدة ކުރެއެވެ. އަދި ﷲ އެމީހަކު ދެރަކުރައްވާ إهانة ތެރި ކުރައްވައިފިމީހަކު ދަންނައެވެ. އެމީހަކު މާތްކޮށް ބާއްޖަވެރިކުރާނެ އެކަކުވެސް ނުވެއެވެ. ހަމަކަށަވަރުން ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާ ކަމެއްކުރައްވައެވެ.
-
22:19
۞ هَـٰذَانِ خَصْمَانِ ٱخْتَصَمُوا۟ فِى رَبِّهِمْ ۖ فَٱلَّذِينَ كَفَرُوا۟ قُطِّعَتْ لَهُمْ ثِيَابٌ مِّن نَّارٍ يُصَبُّ مِن فَوْقِ رُءُوسِهِمُ ٱلْحَمِيمُ
Haaẓaani khaṣmaanikh taṣamoo fee Rabbihim: fal-laẓeena kafaroo q̣uṭṭiʻat lahum s̤iyaabum min Naar: yuṣabbu miñ fawq̣i ruʹoosihimul ḥameem.
މިއީ ދެ خَصْمُ ންނެވެ. (އެކަކު އަނެކަކުގެމައްޗަށް حُجّة قائم ކޮށް ދެކޮޅުހަދާ ދެމީހުންނެވެ. މި ދެ خَصْمُ ންނަކީ ކޮންބައެއްކަމާމެދު مفسّر ންގެމެދުގައި ވަރަށް خيال ތަފާތެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އެއީ: بَدر ހަނގުރާމަދުވަހު ދެފަރާތުން مُبَارَزَة އަށް ނުކުތް مؤمن ންނާއި ކާފަރުންކަމުގައެވެ. އަނެއްބަޔަކު ވިދާޅުވަނީ އެއީ مؤمن ންނާއި أهل كتاب ންކަމުގައެވެ. އަދި މިނޫންގޮތްގޮތަށްވެސް ކިއިފައިވެއެވެ.) والله أعلم بالصّواب.
-
22:20
يُصْهَرُ بِهِۦ مَا فِى بُطُونِهِمْ وَٱلْجُلُودُ
Yuṣharu bihee maa- fee buṭoonihim waljulood.
އޭގެ ސަބަބުން (އެފެން ބޮލުގެ ނާށިގަނޑު ފޫއަޅުވާލައިފައިގޮސް) ބަނޑުގެތެރޭގައިވާ އެންމެހައިތަކެތިކުދިކުދިކޮށްލައި ވިރުވައިލައެވެ. އަދި ވިރިގެން އޮހިދެއެވެ. އަދި އެމީހުންގެ ހަންތައްވެސް އޮހިދެއެވެ.
-
22:21
وَلَهُم مَّقَـٰمِعُ مِنْ حَدِيدٍ
Wa-lahum maq̣aamiʻu min ḥadeed.
އަދި (އެމީހުންގެ ގައިގާތެޅުމަށް) އެމީހުންނަށް ދަގަނޑު ހަންމުށިތަކެއްވެއެވެ.
-
22:22
كُلَّمَآ أَرَادُوٓا۟ أَن يَخْرُجُوا۟ مِنْهَا مِنْ غَمٍّ أُعِيدُوا۟ فِيهَا وَذُوقُوا۟ عَذَابَ ٱلْحَرِيقِ
Kullamaaa ʹaraadooo ʹañy yakhrujoo minhaa min g̣ammin ʹuʻeedoo feehaa wa-ẓooq̣oo ʻaẓaabal Ḥareeq̣!
އަދި އެމީހުން އެނަރަކައިގެ ގަދަ عذاب ގެ ވޭނާ ހިތާމައިގެ ސަބަބުން އެތަނުން ނުކުންނަން ހީކުރާ ކޮންމެ ފަހަރަކު އެމީހުން އެތަނަށް ރައްދުކުރެވޭނެއެވެ. (ނަރަކައިގެ زبَانِىَّ މަލާއިކަތް ބޭކަލުން އެހަންމުށިތަކުން އެމީހުންގެ ބޮލުގައި ތަޅާ އެތަނަށް އަލުންވެސް ފޮނުއްވާނެއެވެ.) އަދި އެމީހުންނަށް އެންގޭނެއެވެ. ކަލޭމެން އަލިފާނުގެ عذاب ގެ ރަހަލިބިގަންނާށެވެ!
-
22:23
إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤًا ۖ وَلِبَاسُهُمْ فِيهَا حَرِيرٌ
ʹInnal laaha yudkhilul laẓeena ʹaamanoo wa-ʻamiluṣ Ṣaaliḥaati Jannaatiñ tajree miñ taḥtihal ʹanhaaru yuḥallawna feehaa min ʹasaawira miñ ẓahabiñw waluʹluʹaa: wa-libaasuhum feehaa ḥareer.
إيمان ވެގެން صَالح عمل ތައް ކުރިމީހުން (قيامة ދުވަހުން) އެތަންތާނގެ ދަށުން އާރުތައް ހިނގަހިނގާ އޮންނަ ބަގީޗާތަކަކަށް އެބަހީ: ސުވަރުގެތަކަށް ހަމަކަށަވަރުން ﷲ تعالى އެމީހުން ވައްދަވާހުއްޓެވެ. އަދި ރަނާއި ރަންމުތުގެ އުޅާތައް އެމީހުންނަށް އެސުވަރުގޭގައި އެޅުވޭނެއެވެ. އަދި އެސުވަރުގޭގައި އެމީހުންގެ ލިބާހަކީ ފަށުވި ފޭރާމެވެ.
-
22:24
وَهُدُوٓا۟ إِلَى ٱلطَّيِّبِ مِنَ ٱلْقَوْلِ وَهُدُوٓا۟ إِلَىٰ صِرَٰطِ ٱلْحَمِيدِ
Wa-hudooo ʹilaṭ Ṭayyibi minal Q̣awli wa-hudooo ʹilaa Ṣiraaṭil Ḥameed.
އެމީހުންނަކީ (ދުނިޔޭގައި އުޅުނުއިރު) އެމީހުންނަށް ރަނގަޅުވެގެންވާ ބަހަށް އެބަހީ: لاَ اِلَهَ إِلاَّ ﷲُ ގެ ފަރާތަށް މަގުދެއްކެވުނު މީހުންނެވެ. (އެބަހީ: كلمة ފުޅު ނިޔާކުރާގޮތުގެމަތީން عمل ކުރުމުގެ توفيق ލިބެވުނު މީހުންނެވެ.) އަދި އެއީ حمد އާއި تعريف ލިބިވޮޑިގެންވާ ﷲ ގެމަގަށް (އިސްލާމު ދީނަށް). މަގުލިބެވުނު މީހުންނެވެ.
-
22:25
إِنَّ ٱلَّذِينَ كَفَرُوا۟ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَٱلْمَسْجِدِ ٱلْحَرَامِ ٱلَّذِى جَعَلْنَـٰهُ لِلنَّاسِ سَوَآءً ٱلْعَـٰكِفُ فِيهِ وَٱلْبَادِ ۚ وَمَن يُرِدْ فِيهِ بِإِلْحَادٍۭ بِظُلْمٍ نُّذِقْهُ مِنْ عَذَابٍ أَلِيمٍ
ʹInnal laẓeena kafaroo wa-yaṣuddoona ʻañ Sabeelil laahi wal-Masjidil Ḥaraamil laẓee jaʻalnaahu linnaasi sawaaaʹanil ʻaakifu feehi walbaad. Wa-mañy yurid feehi biʹilḥaadim biz̤̣ulmin nuẓiq̣hu min ʻAẓaabin ʹaleem.
ހަމަކަށަވަރުން ކާފަރުވީ މީސްތަކުން (އަދި އެމީހުން މީސްތަކުންނަށް ﷲ ގެ މަގު ބަންދުކުރި އަދި مَسْجِدُ الْحَرَام އަށް މީސްތަކުން އަޔަނުދީ ބަންދުކުރި މީހުން (ދަންނައެވެ. އެމީހުން އެގޮތުގައި މަރުވެގެން ހިނގައްޖެނަމަ ގެއްލި ހަލާކުވީއެވެ.) އެ مسحد الحرام އަކީ އެތާނގައި قائم ވެތިބޭ އެރަށުގެ މީހުންނާއި އަދި އެހެން ރަށްރަށުން އަންނަ މީހުންނާއި އެންމެން ހަމަހަމަވެގެންވާ ތަނެކެވެ. އެއީ އެންމެހައި مسلم ން ހަމަހަމަ ތަނެކެވެ. އަދި އެތާނގައި އަނިޔާވެރިވުމުގެ ގޮތުން حقّ އާއި ދުރަށް ލެނބުމަށް قصد ކޮށް ހީކޮށްފި މީހާއަށްވެސް ތިމަންރަސްކަލާނގެ ވޭންދެނިވި عذاب ގެ ރަހަ ދައްކަވާހުށީމެވެ. (އެބަހީ: އެތާނގައި އަނިޔާވެރިވުމަށް މީހަކު ހީކުރިނަމަވެސް އެމީހަކަށް ތިމަންރަސްކަލާނގެ ވޭންދެނިވި عذاب ގެ ރަހަދައްކަވާހުށީމެވެ. އަދި އެތާ އަނިޔާވެރިކަމެއް ހިންގައިފިނަމަ ކިހާވަރެއްވާނެއްހެއްޔެވެ؟)
-
22:26
وَإِذْ بَوَّأْنَا لِإِبْرَٰهِيمَ مَكَانَ ٱلْبَيْتِ أَن لَّا تُشْرِكْ بِى شَيْـًٔا وَطَهِّرْ بَيْتِىَ لِلطَّآئِفِينَ وَٱلْقَآئِمِينَ وَٱلرُّكَّعِ ٱلسُّجُودِ
Wa-ʹiẓ bawwaʹnaa liʹIbraaheema Makaanal Bayti ʹal laa tushrik bee shayʹañw waṭahhir Baytiya liṭ-Ṭaaaʹifeena wal-Q̣aaaʹimeena war-Rukkaʻis Sujood.
އަދި إبراهيم عليه السّلام އަށް ތިމަންރަސްކަލާނގެ ގެފުޅު ހުރިތަން ދެއްކެވިހިނދު ހަނދުމަފުޅު ކުރައްވާށެވެ. (އެކަލޭގެފާނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ.) ކަލޭގެފާނު ތިމަންރަސްކަލާނގެއާއި އެކައްޗަކާވެސް شريك ނުކުރާށެވެ. ބައިވެރިނުކުރާށެވެ. އަދި طواف ކުރާމީހުންނަށާއި ނަމާދުގައި قائم ވެތިބޭ މީހުންނަށާއި رُكُوع ކޮށް سَجِدَة ކުރާ މީހުންނަށް އެބަހީ: އަޅުކަންކުރާ މީހުންނަށް ތިމަންރަސްކަލާނގެ ގެފުޅު طاهر ކުރައްވާށެވެ. (شرك އާއި بدعة އާއި އެންމެހައި ހަޑިހުތުރު ކަންކަމުން كَعْبَةُ ﷲ طاهر ކުރައްވާށެވެ.)
-
22:27
وَأَذِّن فِى ٱلنَّاسِ بِٱلْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ
Wa-ʹaẓẓin fin naasi bil-Ḥajji yaʹtooka rijaalañw wa-ʻalaa kulli ḍaamiriñy yaʹteena miñ kulli fajjin ʻameeq̣;
(އޭ إبراهيم عليه السّلام އެވެ.) حجّ އަށް އައުމަށް ކަލޭގެފާނު މީސްތަކުންނަށް ގޮވާލައްވާ إعلان ކުރައްވާށެވެ. (حجّ އަށް އައުމަކީ އަޅުކަންކުރުމަށްޓަކައި كَعْبَة ﷲ (ގެފުޅު) قصد ކޮށްގެން އައުމެވެ.) ދެން އޭރުން މީސްތަކުން އެމީހުންގެ ފައިމަގުގައްޔާއި އަނަރޫފަ ޖަމަލުމަތީގައި (އެބަހީ: ސަވާރުވެގެންނާއި) ކަލޭގެފާނުންގެ އަރިހަށް (ގެފުޅު قصد ކޮށްގެން ދުރު ހިސާބުން އަންނަ ހުއްޓެވެ.)
-
22:28
لِّيَشْهَدُوا۟ مَنَـٰفِعَ لَهُمْ وَيَذْكُرُوا۟ ٱسْمَ ٱللَّهِ فِىٓ أَيَّامٍ مَّعْلُومَـٰتٍ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلْأَنْعَـٰمِ ۖ فَكُلُوا۟ مِنْهَا وَأَطْعِمُوا۟ ٱلْبَآئِسَ ٱلْفَقِيرَ
Liyashhadoo manaafiʻa lahum wa-yaẓkurus mal laahi feee ʹAyyaamim Maʻloomaatin ʻalaa maa- razaq̣ahum mim baheematil ʹanʻaam: fakuloo minhaa wa-ʹaṭʻimul baaaʹisal faq̣eer.
އެއީ އެމީހުންނަށްވާ ދުނިޔެއާއި آخرة ގެ مَنفع ތައް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި عَيَّن ވެގެންވާ ދުވަސްތަކެއްގައި (يعني: أَيَّامُ التَّشْرِيق ގެ ދުވަސްތަކުގައި) އެމީހުން ﷲ އަށް ذِكر ކޮށް އެކަލާނގެ ހަނދުމަކުރުމަށްޓަކައެވެ. އެކަލާނގެ އެމީހުންނަށް ދެއްވި نَعَمْ ސޫފީގެ ރިޒުގުގެ ސަބަބުންނެވެ. (ފަހެ އެކަލާނގެ އެމީހުންނަށް އަންގަވާނެއެވެ.) ތިޔަބައިމީހުން އެތަކެތީން ކައިހަދާށެވެ. އަދި ގޮތްހުސްވެ ބޭނުންޖެހިފައިވާ فقير ންނަށް އެއިން ކާންދޭށެވެ.
-
22:29
ثُمَّ لْيَقْضُوا۟ تَفَثَهُمْ وَلْيُوفُوا۟ نُذُورَهُمْ وَلْيَطَّوَّفُوا۟ بِٱلْبَيْتِ ٱلْعَتِيقِ
S̤ummal yaq̣ḍoo tafas̤ahum wal-yoofoo nuẓoorahum wal-yaṭṭawwafoo bil-Baytil ʻAteeq̣.
ދެން އެމީހުން އެމީހުންގެ ހަޑިތައް ސާފުކުރާހުށިކަމެވެ! (އެއީ ބޯބޭލުމާއި މަތިމަސްކޮށުމާއި ކިހިލިފަތި އިސްތަށި ލުއްސުމާއި ފޫޅުން ތިރި އިސްތަށި ބޭލުމާއި ނިޔަފަތިކެނޑުމާއި މިބާވަތުގެ ކަންކަން ކުރާށެވެ.) އަދި އެމީހުން އެމީހުންގެ ނަދުރުތައް ފުއްދާށެވެ! އެބަހީ: ގެފުޅަށްޓަކައި ކަތިލަންޖެހޭ ކަތިލުންތައް ކަތިލާށެވެ! قربان ކުރާށެވެ. އަދި ބޮޑެތި ޖައްބާރު ނުލަފާމީހުންގެ ކިބައިން ﷲ ރައްކާތެރިކުރައްވާފައިވާ ދުވަސްވީ قَدِيْم ގެފުޅުގައި އެމީހުން طَوَافُ ކުރާހުށިކަމެވެ! އެއީ طَوَاف اْلإِفَاضَة އެވެ. މިއާޔަތްތަކުގައި މިވަނީ حجّ ގެ ބައެއް حكم ތަކުގެ އިޝާރާތްތަކެކެވެ. މިކަމުގެ تفصيل حديث ފޮތްތަކާއި فقه ފޮތްތަކުގައިވެއެވެ.
-
22:30
ذَٰلِكَ وَمَن يُعَظِّمْ حُرُمَـٰتِ ٱللَّهِ فَهُوَ خَيْرٌ لَّهُۥ عِندَ رَبِّهِۦ ۗ وَأُحِلَّتْ لَكُمُ ٱلْأَنْعَـٰمُ إِلَّا مَا يُتْلَىٰ عَلَيْكُمْ ۖ فَٱجْتَنِبُوا۟ ٱلرِّجْسَ مِنَ ٱلْأَوْثَـٰنِ وَٱجْتَنِبُوا۟ قَوْلَ ٱلزُّورِ
Ẓaalika wa-mañy yuʻaz̤̣z̤̣im Ḥurumaatil laahi fahuwa khayrul lahoo ʻiñda Rabbih. Wa-ʹuḥillat lakumul ʹanʻaamu ʹillaa maa- yutlaa ʻalaykum fajtanibur rijsa minal ʹaws̤aani wajtaniboo q̣awlaz zoor
އިސްވެދިޔަ ކަންތައްތަކަކީ، (އެބަހީ: ބޯބޭލުމާއި މަތިމަސްކޮށުމާއި - ކަތިލުމާއި - طواف ކުރުމާއި މިކަންކަމަކީ حجّ ގެ واجب ތަކުގެތެރެއިންވާ ކަންކަމެވެ. ގެފުޅަށް މާތްކޮށް ހިތުމާއި حُرمَة ތެރިވުމުގެ ގޮތުން ކުރާ ކަންކަމެވެ.) އަދި ﷲ ގެ حرمة ތަކަށް މާތްކޮށްހިތާ قَدَر ކޮށްފިމީހާ ދަންނައެވެ. ފަހެ އެއީ އޭނާއަށް އޭނާގެ ربّ ގެ حضرة ގައިވާ ހެވެވެ. (ﷲ ގެ حُرمَة އަކީ مكَة އާއި حجّ عمرَة ގެ ކަންކަމާއި އެކަލާނގެ ނަހީކުރައްވާފައިވާ އުރެދުންތަކާއި މިފަދަ މިފަދަ ކަންކަމެވެ.) އަދި ކަލޭމެންގެމައްޗަށް މަނާވެގެންވާ ތަކެތި ކަމުގައި ﷲ އަންގަވާފައިވާ ތަކެތި ފިޔަވައި نَعَم ސޫފީގެ ބާވަތްތައް ކަލޭމެންނަށް حلال ވެވިއްޖެއެވެ. އެބަހީ: އެކަލާނގެ حلال ކޮށްދެއްވައިފިއެވެ. (މަނާތަކެތި ކަމުގައި ބެލެވެނީ مائدة ސޫރަތުގައި بيان ކުރައްވާފައި އެވާ ތަކެއްޗެވެ.) ފަހެ ބުދަށް އަޅުކަންކުރުމުން ކަލޭމެން ދުރުވެގަންނާށެވެ. އަދި ދޮގު ބަސްތައް ބުނުމުން ދުރުވެގަންނާށެވެ. (އެބަހީ: ﷲ ގެ މައްޗަށް ދޮގުބަސްތައް ބުނުމުން ދުރުވެގަންނާށެވެ. އަދި އެހެނިހެން މީސްމީހުނަށްވެސް ދޮގު ނުހަދާށެވެ.)
-
22:31
حُنَفَآءَ لِلَّهِ غَيْرَ مُشْرِكِينَ بِهِۦ ۚ وَمَن يُشْرِكْ بِٱللَّهِ فَكَأَنَّمَا خَرَّ مِنَ ٱلسَّمَآءِ فَتَخْطَفُهُ ٱلطَّيْرُ أَوْ تَهْوِى بِهِ ٱلرِّيحُ فِى مَكَانٍ سَحِيقٍ
Ḥunafaaaʹa lillaahi g̣ayra mushrikeena bih: wa-mañy yushrik billaahi fakaʹannamaa kharra minas samaaaʹi fatakhṭafuhut ṭayru ʹaw tahwee bihir reeḥu fee makaaniñ saḥeeq̣.
އެއީ އެކަލާނގެއަށް شريك ކުރާމީހުންކަމުގައި ނުވެތިބެ ﷲ އަށް توحيد ސީދާކޮށްގެންވާ حال ގައެވެ. އަދި ﷲ އަށް شريك ކުރި މީހާ ކޮންފަދަހެއްޔެވެ؟ އޭނާ މަތިން ވެއްޓިވެއްޓިއޮއްވާ ދޫނިޖަހައިގަތް މީހާ ފަދައެވެ. ނުވަތަ ދުރުހިސާބަކަށް ވަޔާ ބުރުއްސައިގެންދިޔަ މީހަކު ފަދައެވެ. (ތެދުމަގާ އެހާވެސް ދުރެވެ.)
-
22:32
ذَٰلِكَ وَمَن يُعَظِّمْ شَعَـٰٓئِرَ ٱللَّهِ فَإِنَّهَا مِن تَقْوَى ٱلْقُلُوبِ
Ẓaalik: wa-mañy yuʻaz̤̣z̤̣im shaʻaaaʹiral laahi faʹinnahaa miñ taq̣wal q̣uloob.
މިއާޔަތްތަކުގައި بيان ވެގެން އެވަނީ ﷲ ގެ أمر އާއި نهى އެވެ. އެއީ އެކަލާނގެ شَعِيرَة އެވެ. އަދި ﷲ ގެ شَعِيرَة ތަކަށް މާތްކޮށް ހިތާ قدر ކުރުން އެއީ ﷲ تعالى އަށް ހިތުގައި އުފެދިފައިވާ ބިރުވެރިކަމުގެ ތެރެއިންވާ ކަމެކެވެ. (މިދެންނެވި شَعِيرَة ތަކުގެތެރޭގައި ގެފުޅަށް ހަދިޔާކުރެވޭ جمل އާއި ގެރިބަކަރިވެއެވެ. އަދި އެތަކެތި ބަލަހައްޓާ ރަނގަޅަށް ކާންދީ ރަނގަޅުކުރުންވެސްވަނީ އެ شَعِيرَة ތަކަށް إحترام ކޮށް قدر ކުރުމުގެ ތެރެއިންނެވެ.)
-
22:33
لَكُمْ فِيهَا مَنَـٰفِعُ إِلَىٰٓ أَجَلٍ مُّسَمًّى ثُمَّ مَحِلُّهَآ إِلَى ٱلْبَيْتِ ٱلْعَتِيقِ
lakum feehaa manaafiʻu ʹilaaa ʹajalim musammañ s̤umma maḥilluhaaa ʹilal Baytil ʻAteeq̣.
އަދި އެތަކެތީގައި ތިޔަބައިމީހުންނަށް مَنْفَعَ ތަކެއްވެއެވެ. ވަކި مدّة އަކަށެވެ. (އެވަގުތުތަކުގައި އޭގެ ކިރުގެ ބޭނުން ކުރުމާއި އޭގެ ބުރިކަށިމައްޗަށް ސަވާރުވުމާއި އޭގެ ޅަދަރީގެ ބޭނުންކުރުމާއި މިފަދަ މިފަދަ مَنْفع ތައްވެއެވެ.) ދެން އޭގެ مَحَلّ އަކީ ގެނެވޭނެ ތަނަކީ ގެފުޅެވެ. بَيْتُ العَتِيْق އެވެ.
-
22:34
وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكًا لِّيَذْكُرُوا۟ ٱسْمَ ٱللَّهِ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلْأَنْعَـٰمِ ۗ فَإِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ فَلَهُۥٓ أَسْلِمُوا۟ ۗ وَبَشِّرِ ٱلْمُخْبِتِينَ
Wa-likulli ʹummatiñ jaʻalnaa mañsakal liyaẓkurus mal laahi ʻalaa maa- razaq̣ahum mim baheematil ʹanʻaam. FaʹIlaahukum ʹIlaahuñw Waaḥiduñ falahooo ʹaslimoo: wa-bashshiril Mukhbiteen,
އަދި ކޮންމެ أمّة އަކަށްވެސް قُرْبَان ކުރާނެ ތަނަކާއި ވަގުތެއް - دِيْنِى ކަތިލުމެއް ނުވަތަ عيد އެއް ތިމަންރަސްކަލާނގެ ލެއްވީމެވެ. އެއީ އެބައިމީހުންނަށް ދެއްވި نَعَم ސޫފީގެ ރިޒުޤުގެ نعمة ގެ މައްޗަށް އެމީހުން ﷲ ހަނދުމަކޮށް އެކަލާނގެއަށް ذِكر ކުރުމަށްޓަކައެވެ. ފަހެ ކަލޭމެންގެ إله އަކީ ހަމަ އެއްކައުވަންތަ އެއްإله އެވެ. (އެއީ ﷲ އެވެ.) ފަހެ އެހެންވެ ކަލޭމެން އެކަލާނގެއަށް ކިޔަމަންވެ ބޯލަނބާށެވެ! އަދި ﷲ އަށް ކިޔަމަންތެރިވެ ބޯލަނބާ އަޅުންނަށް އުފާވެރިކަމުގެ خبر ދެއްވާށެވެ!
-
22:35
ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَٱلصَّـٰبِرِينَ عَلَىٰ مَآ أَصَابَهُمْ وَٱلْمُقِيمِى ٱلصَّلَوٰةِ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ
ʹAllaẓeena ʹiẓaa ẓukiral laahu wajilat q̣uloobuhum waṣ-Ṣaabireena ʻalaa maaa ʹaṣaabahum walmuq̣eemiṣ Ṣalaati wa-mimmaa razaq̣naahum yuñfiq̣oon.
އެމީހުންނަކީ (އެމީހުންގެ ގާތުގައި) ﷲ ހަނދާންކުރެވިއްޖެއްޔާ އެމީހުންގެ ހިތްތަކަށް ބިރުވެތިކަން ވަންނަ މީހުންނެވެ. އަދި އެމީހުންނަކީ އެމީހުންނަށް ދިމާވާ مصيبة ތަކަށް ކެތްތެރިވާ މީހުންނެވެ. އަދި އެމީހުންނަކީ ނަމާދު قائم ކުރާ މީހުންނެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވި ރިޒުޤުން އެމީހުން ހޭދަކުރާމީހުންނެވެ. (ޒަކާތްދީ صدقاة ދީ ހަދާމީހުންނެވެ.)
-
22:36
وَٱلْبُدْنَ جَعَلْنَـٰهَا لَكُم مِّن شَعَـٰٓئِرِ ٱللَّهِ لَكُمْ فِيهَا خَيْرٌ ۖ فَٱذْكُرُوا۟ ٱسْمَ ٱللَّهِ عَلَيْهَا صَوَآفَّ ۖ فَإِذَا وَجَبَتْ جُنُوبُهَا فَكُلُوا۟ مِنْهَا وَأَطْعِمُوا۟ ٱلْقَانِعَ وَٱلْمُعْتَرَّ ۚ كَذَٰلِكَ سَخَّرْنَـٰهَا لَكُمْ لَعَلَّكُمْ تَشْكُرُونَ
Walbudna jaʻalnaahaa lakum miñ Shaʻaaaʹiril laahi lakum feehaa khayr: faẓkurus mal laahi ʻalayhaa ṣawaaaff: faʹiẓaa wajabat junoobuhaa fakuloo minhaa wa-ʹaṭʻimul q̣aaniʻa walmuʻtarr: kaẓaalika sakhkharnaahaa lakum laʻallakum tashkuroon.
އަދި بَدَنَة (އެބަހީ: އަންހެންޖަމަލާއި އަންހެން ގެރި) ތިމަންރަސްކަލާނގެ ކަލޭމެނަށްޓަކައި ލައްވާފައިވަނީ ﷲ ގެ علامة ތަކުގެތެރެއިންނެވެ. އެތަކެތީގައި ކަލޭމެނަށްޓަކައި ހެޔޮވެއެވެ. އެތަކެއް ފައިދާވެއެވެ. (އަންހެންޖަމަލާއި އަންހެން ގެރީގެ ވާހަކަ ބުނެވިފައިއޮތަސް އެއިން އެމުރާދުކުރެވެނީ އޭގެ ޖިންސު އެކަށެވެ.)\nދެންފަހެ އެތަކެތި ކަތިލުމަށްޓަކައި އެއްފައި ބަނދެވި އަނެއްތިން މޮއްގަނޑުގެ މަތީގައި އޮވެ (އެތަކެތި ކަތިލާ ވަގުތު) އޭގެމައްޗަށް ﷲ ގެ ނަންފުޅު ކިޔާށެވެ. އެބަހީ: بسم ކިޔައި دعاء ކިޔާފައި ކަތިލާށެވެ! ދެން އޭގެ އަރިކަށި ބިމުގައި ޖެހިއްޖެއްޔާއި އެބަހީ: މަރުވެގެން ތިރިވެއްޖެއްޔާ ދެން ކަލޭމެން (ކައްކާ ރޯފިލުވައިގެން) އެއިން ކާށެވެ! އަދި ތިމާގެ އަތުގައިވާ އެއްޗަކުން ކިރިޔަކިރިޔާ ފުއްދައިލައިގެން ސަލާމްނުޖަހައި ހުންނަ فقير މީހާއަށްވެސް އެއިން ކާންދޭށެވެ! އަދި މަސްކޮޅެއް ލިބޭތޯ ތިމާގެ ގާތަށް އައިސްއުޅޭ މީހާއަށްވެސް އެއިން ކާންދޭށެވެ. ތިމަންރަސްކަލާނގެ އެތަކެތި އެބަހީ: نَعَم ސޫފި ކަލޭމެނަށް ކިޔަމަންކޮށްދެއްވީ އެފަދައިންނެވެ. އެކަމުން ކަލޭމެން شكر ވެރިވޭތޯއެވެ.
-
22:37
لَن يَنَالَ ٱللَّهَ لُحُومُهَا وَلَا دِمَآؤُهَا وَلَـٰكِن يَنَالُهُ ٱلتَّقْوَىٰ مِنكُمْ ۚ كَذَٰلِكَ سَخَّرَهَا لَكُمْ لِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ ۗ وَبَشِّرِ ٱلْمُحْسِنِينَ
Lañy yanaalal laaha luḥoomuhaa wa-laa dimaaaʹuhaa wa-laakiñy yanaaluhut Taq̣waa miñkum; kaẓaalika sakhkharahaa lakum litukabbirul laaha ʻalaa maa- hadaakum: wa-bashshiril Muḥsineen.
އެތަކެތީގެ މަހެއްވެސް އަދި އެތަކެތީގެ ލެއިވިޔަސް ﷲ ގެ حضرة އަށް واصل ނުވާނެއެވެ. (އެބަހީ: އެތަކެއްޗަށް އެކަލާނގެ ބޭނުންވެވޮޑި ނުގަންނަވައެވެ.) އަދި އެހެންނަމަވެސް އެކަލާނގެ حضرة އަށް واصل ވާނީ އަދި އެކަލާނގެ އެދިވޮޑިގަންނަވަނީ ކަލޭމެންގެ ކިބައިން تقوى އެވެ. އެތަކެތި ކަތިލުމުގައި ކަލޭމެންގެ ހުރި إخلاص ތެރިކަމެކެވެ. އަދި އެކަލާނގެ ކަލޭމެނަށްޓަކައި އެތަކެތި ކިޔަމަންތެރިކޮށްދެއްވީ އެފަދައިންނެވެ. (އެބަހީ: ކޮންމެ ކަމެއްގެ ބާރުވަނީ ﷲ ގެ حضرة ގައިކަން އެކަލާނގެ އަޅާ ދެނެގަތުމަށެވެ.) އަދި ކަލޭމެން ﷲ އަށް تَكْبِيْر ކިއުމަށްޓަކައެވެ. އެބަހީ: ކަތިލާ ވަގުތު ﷲ أكْبَرُ ކިއުމަށެވެ. ﷲ އަށް މާތްކޮށް ހިތައި އެކަލާނގެއަށް قدر ކުރުމަށްޓަކައެވެ. އެއީ އެކަލާނގެ ކަލޭމެނަށް ތެދުމަގުދެއްކެވިކަމަށްޓަކައެވެ. އަދި إحسان ތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ!
-
22:38
۞ إِنَّ ٱللَّهَ يُدَٰفِعُ عَنِ ٱلَّذِينَ ءَامَنُوٓا۟ ۗ إِنَّ ٱللَّهَ لَا يُحِبُّ كُلَّ خَوَّانٍ كَفُورٍ
ʹInnal laaha yudaafiʻu ʻanil laẓeena ʹaamanoo: ʹinnal laaha laa- yuḥibbu kulla khawwaaniñ kafoor.
ހަމަކަށަވަރުން ﷲ تعالى (އެކަލާނގެއަށް) إيمان ވީމީހުންގެ ފަރާތުން دِفَاع ކުރައްވައެވެ. އަދި ގިނަގިނައިން خيانة ތެރިވާ ކާފަރުކަންބޮޑު އެކަކަށްވެސް ހަމަކަށަވަރުން ﷲ ލޯބިވެވޮޑި ނުގަންނަވައެވެ.
-
22:39
أُذِنَ لِلَّذِينَ يُقَـٰتَلُونَ بِأَنَّهُمْ ظُلِمُوا۟ ۚ وَإِنَّ ٱللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ
ʹUẓina lillaẓeena yuq̣aataloona biʹannahum z̤̣ulimoo; wa-ʹinnal laaha ʻalaa naṣrihim la-Q̣adeer;
ހަނގުރާމަވެވޭ މީހުންނަށް (ހަނގުރާމަކުރުމުގެ) އިޒުނަދެވިއްޖެއެވެ. އެހެނީ ހަމަކަށަވަރުން އެމީހުންނަކީ އަނިޔާލިބެވުނު މީހުންނެވެ. (މިއީ مشرك ންގެ އުނދަގޫތައް دفاع ކުރުމަށްޓަކައި مؤمن ން އެ مشرك ންނާއި ހަނގުރާމަކުރުމަށް ދެވުނު ފުރަތަމަ ހުއްދައެވެ. އެއީ رسول ﷲ ﷺ هجرة އަށް ވަޑައިގަތުމުގެ ފަހުގައެވެ.) އަދި ހަމަކަށަވަރުން އެމީހުންނަށް نصر ދެއްވުމަށް ﷲ تعالى ކުޅަދުންވަންތަވެވޮޑިގެންވާކަން ކަށަވަރެވެ.
-
22:40
ٱلَّذِينَ أُخْرِجُوا۟ مِن دِيَـٰرِهِم بِغَيْرِ حَقٍّ إِلَّآ أَن يَقُولُوا۟ رَبُّنَا ٱللَّهُ ۗ وَلَوْلَا دَفْعُ ٱللَّهِ ٱلنَّاسَ بَعْضَهُم بِبَعْضٍ لَّهُدِّمَتْ صَوَٰمِعُ وَبِيَعٌ وَصَلَوَٰتٌ وَمَسَـٰجِدُ يُذْكَرُ فِيهَا ٱسْمُ ٱللَّهِ كَثِيرًا ۗ وَلَيَنصُرَنَّ ٱللَّهُ مَن يَنصُرُهُۥٓ ۗ إِنَّ ٱللَّهَ لَقَوِىٌّ عَزِيزٌ
ʹAllaẓeena ʹukhrijoo miñ diyaarihim̃ big̣ayri ḥaq̣q̣in ʹillaaa ʹañy yaq̣ooloo Rabbunallaah. Wa-law laa- dafʻul laahin naasa baʻḍahum̃ bibaʻḍil lahuddimat ṣawaamiʹu wa-biyaʻuñw waṣalawaatuñw wamasaajidu yuẓkaru feehas mul laahi kas̤eeraa. Wa-layañṣurannal laahu mañy yañṣuruh; ʹinnal laaha la-Q̣awiyyun ʻAzeez.
އެމީހުންނަކީ އެބަހީ: އަނިޔާ ލިބެވުނު މީހުންނަކީ، ތިމަންމެންގެ ربّ އަކީ ހަމައެކަނި ﷲ އޭ ބުނުން ނޫން އެހެންއެއްވެސް ސަބަބެއްނެތި އެއްވެސް حقّ އަކާއި ނުލައި އެމީހުންގެ ގޮވަތިގެދޮރުން ނެރެވުނު މީހުންނެވެ. (މިއީ رسول ﷲ ﷺ دين އަށް ގޮވައިލެއްވުމުން ﷲ އަށް إيمان ވެ އެކަލޭގެފާނާ تبع ވި مكّة ގެ أهل ވެރިންނެވެ. مشرك ންގެފަރާތުން އެމީހުންނަށް އަނިޔާތައް ލިބެވުނު މީހުންނެވެ.) އަދި މީސްތަކުން އެއްބަޔަކުގެ ކިބައިން އަނެއްބަޔަކު دِفَاع ވެވޭނެގޮތް ﷲ ލައްވާފައި ނުވާނަމަ رَاهِب ން އަޅުކަންކުރާ އެންމެހައި ފައްޅިތަކާއި نَصَارى އިން އަޅުކަންކުރާ ތަންތަނާއި يهودي ންގެ ފައްޅިތަކާއި އަދި އެތަންތާނގައި ގިނަގިނައިން ﷲ ހަނދާންކުރެވޭ އެކަލާނގެއަށް ذِكر ކުރެވޭ مسلم ންގެ މިސްކިތްތަކާއި މިއެންމެހައި ތަންތަން ހަލާކުވެ ނެތިވެ ހިނގައްޖައީހެވެ. އަދި ހަމަކަށަވަރުން ﷲ ގެ دين އަށް نصر ދިން މީހަކަށް ﷲ އެމީހަކަށް نصر ދެއްވާނެއެވެ. ހަމަކަށަވަރުން ﷲ އީ ގަދަފަދަވަންތަ عزّة ވަންތަ ކަލާނގެއެވެ.
-
22:41
ٱلَّذِينَ إِن مَّكَّنَّـٰهُمْ فِى ٱلْأَرْضِ أَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ وَأَمَرُوا۟ بِٱلْمَعْرُوفِ وَنَهَوْا۟ عَنِ ٱلْمُنكَرِ ۗ وَلِلَّهِ عَـٰقِبَةُ ٱلْأُمُورِ
ʹAllaẓeena ʹim makkannaahum fil ʹarḍi ʹaq̣aamuṣ Ṣalaata wa-ʹaatawuz Zakaata wa-ʹamaroo bilmaʻroofi wa-nahaw ʻanil muñkar: wa-lillaahi ʻaaq̣ibatul ʹumoor.
އެމީހުންނަށް އެބަހީ: އީމާންވީމީހުންނަށް ތިމަންރަސްކަލާނގެ ބިމުގައި ބާރުދެއްވައި تَمْكِين ކޮށްދެއްވައި ހަމަޖައްސަވައިދެއްވައިފިއްޔާ އެމީހުން ނަމާދު قائم ކުރާނެއެވެ. އަދި ޒަކާތްދޭނެއެވެ. އަދި އެމީހުން ހެޔޮކަންތަކަށް އަމުރުކުރާނެއެވެ. އަދި منكراة ނަހީކުރާނެއެވެ. (މީގެމާނައީ އެފަދަމީހުންގައި މިސިފަތައް ހުންނަންވާނެއެވެ.) އަދި ހުރިހާކަމެއްގެ ފަހުކޮޅު خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. (ކަންކަމަށް جزاء ދެއްވުން އޮންނާނީ ހަމަ ﷲ އަށެވެ.)
-
22:42
وَإِن يُكَذِّبُوكَ فَقَدْ كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَعَادٌ وَثَمُودُ
Wa-ʹiñy yukaẓẓibooka faq̣ad kaẓẓabat q̣ablahum Q̣awmu Nooḥiñw waʻAaduñw wa-S̤amood;
(އޭ رسول ﷲ އެވެ!) އަދި އެމީހުން - يعني: مكّة ގެ مشرك ން - ކަލޭގެފާނު ދޮގުކުރިޔަސް (އެޔަކީ އަދި އާކަމެއްނޫނެވެ.) ހަމަކަށަވަރުން ކަލޭގެފާނުންގެ ކުރިން نوح عليه السّلام ގެ قوم ގެ މީހުންނާއި އަދި عَاد ބާގައިގެމީހުންނާއި ثَمُود ބާގައިގެ މީހުންވެސް (އެމީހުންގެ ގާތަށް ވަޑައިގެންނެވި رَسُول ބޭކަލުން) ދޮގުކުރިއެވެ.
-
22:43
وَقَوْمُ إِبْرَٰهِيمَ وَقَوْمُ لُوطٍ
Wa-Q̣awmu ʹIbraaheema wa-Q̣awmu Looṭ;
އަދި إبراهيم عليه السّلام ގެ قوم ގެ މީހުންނާއި لوط عليه السّلام ގެ قوم ގެ މީހުންވެސް (އެމީހުންގެ ގާތަށް ވަޑައިގެންނެވި رسول ން) ދޮގުކުރިއެވެ.
-
22:44
وَأَصْحَـٰبُ مَدْيَنَ ۖ وَكُذِّبَ مُوسَىٰ فَأَمْلَيْتُ لِلْكَـٰفِرِينَ ثُمَّ أَخَذْتُهُمْ ۖ فَكَيْفَ كَانَ نَكِيرِ
Wa-ʹAṣḥaabu madyan; wa-kuẓẓiba Moosaa faʹamlaytu lilkaafireena s̤umma ʹakhaẓtuhum: fakayfa kaana nakeer!
އަދި مَدْيَنُ ގެ أهل ވެރިންވެސް (އެމީހުންގެ رسول ން ދޮގުކުރިއެވެ.) އަދި موسى عليه السّلام ދޮގުކުރެވުނެވެ. އެބަހީ: އެކަލޭގެފާނުންގެ قوم ގެ މީހުންވެސް އެކަލޭގެފާނު ދޮގުކުރިއެވެ.)\nދެންފަހެ މިއެންމެހައި أمّة ތަކުގެ ކާފަރުންނަށް ތިމަންރަސްކަލާނގެ އެމީހުންނަށް މުހުލަތު ދެއްވާފައި ދެން ހިތްޕެވީމެވެ. އެމީހުން ހަލާކުކުރެއްވީމެވެ. ފަހެ އެމީހުންގެ މައްޗަށް އޮތް ތިމަންރަސްކަލާނގެ إنكار އާއި ކޯފާވީ ކޮންފަދައަކުންކަން ނިކަން ބައްލަވާށެވެ! (ކަލޭގެފާނުންގެ أمّة ގެ މީހުންނަށްވެސް ވާނީ ހަމަ އެފަދައިންނެވެ. އެބަހީ: އެ أمّة ތަކުގެ ކާފަރުން ކަންތައް ކުރިގޮތަށް رسول އާއިމެދު ކަންތައް ކޮށް رسول ދޮގުކޮށްފިނަމަ ވާނީ ހަމަ އެ أمّة ތަކުގެ މީހުންނަށްވެސް ހަމަ ވީގޮތަށެވެ.)
-
22:45
فَكَأَيِّن مِّن قَرْيَةٍ أَهْلَكْنَـٰهَا وَهِىَ ظَالِمَةٌ فَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا وَبِئْرٍ مُّعَطَّلَةٍ وَقَصْرٍ مَّشِيدٍ
Fakaʹayyim miñ q̣aryatin ʹahlaknaahaa wa-hiya z̤̣aalimatuñ fahiya khaawiyatun ʻalaa ʻurooshihaa wa-biʹrim muʻaṭṭalatiñw waq̣aṣrim masheed?
އަދި އެރަށްރަށް އަނިޔާވެރިވެގެންވާ حال (އެބަހީ: އެރަށްރަށުގެ أهل ވެރިން އަނިޔާވެރިވެގެންވާ حال) ކިތައްކިތައް ރަށް ތިމަންރަސްކަލާނގެ ހަލާކުކުރެއްވިންހެއްޔެވެ؟ (އެބަހީ: ވަރަށްގިނަ ރަށްރަށް ހަލާކު ކުރެއްވީމެވެ.) އެރަށްރަށްވަނީ އެރަށްރަށުގެ ބިނާތަކުގެ މައްޗަށް ފާރުތައްވެރި ހަލާކުވެ މުޅިން ބަރުބާދުވެފައެވެ. އަދި أهل ވެރިޔަކު ނެތި ބަންދުވެ ދޫކޮށްލެވިގެންވާ ކިތައްކިތައް ވަޅާއި ގަދަކޮށް ވަރުގަދަކޮށް ހެދިފައިވާ ކިތައްކިތައް ގަނޑުވަރު (މީހަކުނެތި) ދޫކޮށްލެވިފައިވޭހެއްޔެވެ؟ (އެބަހީ: އެފަދަ ވަރަށްގިނަ ތަންތަން ވެއެވެ. މިކަންކަމުން ދެންތިބިމީހުން عبرة حاصل ކުރާހުށިކަމެވެ.)
-
22:46
أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَآ أَوْ ءَاذَانٌ يَسْمَعُونَ بِهَا ۖ فَإِنَّهَا لَا تَعْمَى ٱلْأَبْصَـٰرُ وَلَـٰكِن تَعْمَى ٱلْقُلُوبُ ٱلَّتِى فِى ٱلصُّدُورِ
ʹAfalam yaseeroo fil ʹarḍi fatakoona lahum q̣uloobuñy yaʻq̣iloona bihaaa ʹaw ʹaaẓaanuñy yasmaʻoona bihaa? Faʹinnahaa laa- taʻmal ʹabṣaaru wa-laakiñ taʻmal q̣uloobul latee fiṣ ṣudoor.
އެމީހުން ފަހެ ބިމުގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް ނުހަދަނީބާވައެވެ. (އެބަހީ: رسول ބޭކަލުން ދޮގުކުރި އިސްވެދިޔަ أمّة ތަކަށްވީގޮތް ދެކެ عِبْرة حَاصِل ކުރުމަށްޓަކައި ބިމުގައި ހިނގާ ދަތުރުފަތުރުކޮށް ނަހަދަނީބާވައެވެ.) އަދި ހިނގާބިނގާ ދަތުރުފަތުރުކޮށް ހަދަންވީ އެކަންކަމަށް ވިސްނާ فكر ކުރާނެ ހިތްތަކެއް އެމީހުންނަށް ވުމަށްޓަކައެވެ. ނުވަތަ ހެޔޮބަސް އަހާނެ ކަންފަތްތަކެއް ވުމަށްޓަކައެވެ. ފަހެ ހަމަކަށަވަރުން ލޯތައް ކަނުވެ އަނދިރިވީއެއްނޫނެވެ. އަދި އެހެންނަމަވެސް މޭމަތީގެ ދަށުގައިވާ ހިތްތައް ކަނުވެ އަނދިރިވެގެންވަނީއެވެ.
-
22:47
وَيَسْتَعْجِلُونَكَ بِٱلْعَذَابِ وَلَن يُخْلِفَ ٱللَّهُ وَعْدَهُۥ ۚ وَإِنَّ يَوْمًا عِندَ رَبِّكَ كَأَلْفِ سَنَةٍ مِّمَّا تَعُدُّونَ
Wa-yastaʻjiloonaka bilʻAẓaabi wa-lañy yukhlifal laahu waʻdaḥ Wa-ʹinna yawman ʻiñda Rabbika kaʹalfi sanatim mimmaa taʻuddoon.
އަދި (އޭ رسول ﷲ އެވެ.) އެ مشرك ން عذاب އަވަސްވުމަށް ކަލޭގެފާނުންގެ އަރިހުން އެދެއެވެ. (ނަމަވެސް ﷲ އެކަމަށްوعد ކުރައްވާފައިވާ ވަގުތެއްވެއެވެ.) ﷲ تعالى އެކަލާނގެ وعد ފުޅާއި خلاف ވެވޮޑިނުގަންނަވާނެއެވެ. (އެކަލާނގެ އެ وعد ފުޅުކުރެއްވިގޮތަކަށް އެވަގުތަކުން އެކަމެއް ހިންގަވާނެއެވެ.) އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ ގެ حضرة ގައި އެންމެ ދުވަހަކީ ކަލޭމެން ދުނިޔޭގައި عَدَد ކުރާ އަހަރުގެ އެއްހާސް އަހަރެވެ.
-
22:48
وَكَأَيِّن مِّن قَرْيَةٍ أَمْلَيْتُ لَهَا وَهِىَ ظَالِمَةٌ ثُمَّ أَخَذْتُهَا وَإِلَىَّ ٱلْمَصِيرُ
Wa-kaʹayyim miñ q̣aryatin ʹamlaytu lahaa wa-hiya z̤̣aalimatuñ s̤umma ʹakhaẓtuhaa. Wa-ʹilayyal maṣeer.
އަދި އަނިޔާވެރިވެގެންވާ حال ތިމަންރަސްކަލާނގެ مُهْلَة ދީ ވަގުތުދިނީ ކިތައްކިތައް ރަށަށްހެއްޔެވެ؟ (އެބަހީ: އެރަށްރަށުގެ أهل ވެރިން އަނިޔާވެރިވެގެންވުމާއިއެކުވެސް އެމީހުންނަށް عذاب އަވަސް ނުކުރައްވައި ވަރަށްގިނަ ރަށްރަށް ވެއެވެ.) ދެން مُهْلَة ދެއްވުމަށްފަހު ތިމަންރަސްކަލާނގެ އެމީހުން ހިތްޕަވައި ހަލާކު ކުރެއްވީމެވެ. އަދި އެމީހުން އެނބުރި އައުންވަނީ ތިމަންރަސްކަލާނގެ حضرة އަށެވެ.
-
22:49
قُلْ يَـٰٓأَيُّهَا ٱلنَّاسُ إِنَّمَآ أَنَا۠ لَكُمْ نَذِيرٌ مُّبِينٌ
Q̣ul Yaaaʹayyuhan naasu ʹinnamaaa ʹana lakum naẓeerum mubeen.
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ކަލޭމެންގެ ނިސްބަތުގައި ތިމަންކަލޭގެފާނު ވާކަން ކަށަވަރީ نَذِير އަކު ކަމުގައެވެ. (شرك ން ދުރުނުވެ ނުކިޔަމަންކަންމަތީ ދެމިތިބޭނަމަ عذاب އަތުވެދާނެކަމުގެ ބިރުވެރި خبر ދެއްވާ ބޭކަލަކު ކަމުގައެވެ.)
-
22:50
فَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ
Fallaẓeena ʹaamanoo wa-ʻamiluṣ Ṣaaliḥaati lahum mag̣hfiratuñw warizq̣uñ kareem.
ފަހެ إيمان ވެގެން صالح عمل ކުރި މީސްތަކުން ދަންނައެވެ. އެމީހުންނަށް ފާފަފުއްސެވުމާއި އަދި މާތްވެގެންވާ ރިޒުގު (قيامة ދުވަހުން) ހުންނަހުއްޓެވެ.
-
22:51
وَٱلَّذِينَ سَعَوْا۟ فِىٓ ءَايَـٰتِنَا مُعَـٰجِزِينَ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَحِيمِ
Wallaẓeena saʻaw feee ʹAayaatinaa muʻaajizeena ʹulaaaʹika ʹAṣḥaabul Jaḥeem.
އަދި ތިމަންރަސްކަލާނގެ އާޔަތްތައް باطل ކޮށް ނުކުޅައްދައިލުމަށް މަސައްކަތްކުރާ މީހުން ދަންނައެވެ. އެމީހުން އެއީ ކަނޑައެޅިގެން ނަރަކައިގެ އެކުވެރިންނެވެ.
-
22:52
وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ وَلَا نَبِىٍّ إِلَّآ إِذَا تَمَنَّىٰٓ أَلْقَى ٱلشَّيْطَـٰنُ فِىٓ أُمْنِيَّتِهِۦ فَيَنسَخُ ٱللَّهُ مَا يُلْقِى ٱلشَّيْطَـٰنُ ثُمَّ يُحْكِمُ ٱللَّهُ ءَايَـٰتِهِۦ ۗ وَٱللَّهُ عَلِيمٌ حَكِيمٌ
Wa-maaa ʹarsalnaa miñ q̣ablika mir rasooliñw walaa nabiyyin ʹillaaa ʹiẓaa tamannaaa ʹalq̣ash Shayṭaanu feee ʹumniyyatih: fayañsakhul laahu maa- yulq̣ish Shayṭaanu s̤umma yuḥkimul laahu ʹAayaatih: wallaahu ʻAleemun Ḥakeem:
(އޭ رسول ﷲ އެވެ.) އެބޭކަލަކު ކިޔަވާ ވިދާޅުވާއިރު އެކިޔަވާ ވިދާޅުވުމުގެ ތެރެއަށް شيطان އޭނާގެ باطل ވާހަކަތައް ނުވައްދާ އެއްވެސް رَسول ބޭކަލަކުވިޔަސް އަދި نبي ބޭކަލަކުވިޔަސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. (އެބަހީ: ކޮންމެ ބޭކަލެއްގެ ކިޔަވާވިދާޅުވުމުގެ ތެރެއަށްވެސް شيطان އޭނާގެ باطل ވާހަކަތައް ވައްދަވައެވެ.) ދެންފަހެ - ﷲ تعالى އެ شيطان އެ އިތުރުކުރި އެއްޗެއް - ނެތިކުރައްވައި باطل ކުރައްވައެވެ. އަދި އޭގެފަހުގައި ﷲ تعالى އެކަލާނގެ آية ތައް خلاص ކުރައްވައި ރަނގަޅަށް ސާބިތުކުރައްވައެވެ. އަދި ﷲ އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.
-
22:53
لِّيَجْعَلَ مَا يُلْقِى ٱلشَّيْطَـٰنُ فِتْنَةً لِّلَّذِينَ فِى قُلُوبِهِم مَّرَضٌ وَٱلْقَاسِيَةِ قُلُوبُهُمْ ۗ وَإِنَّ ٱلظَّـٰلِمِينَ لَفِى شِقَاقٍۭ بَعِيدٍ
Liyajʻala maa- yulq̣ish Shayṭaanu fitnatal lillaz̤̣eena fee q̣uloobihim maraḍuñw walq̣aasiyati q̣uloobuhum: wa-ʹinnaz̤̣ z̤̣aalimeena lafee shiq̣aaq̣im baʻeed:
އެއީ شيطان އާ އެބޭކަލުންގެ ކިޔަވާ ވިދާޅުވުމުގެ ތެރެއަށް އެވެއްދެވި އެއްޗެއް އެބައިމީހުންގެ ހިތްތަކުގައި ޝައްކާއި نِفَاقُ ގެ ބަލިކަންވާ މީހުންގެ ހިތްތަކަށާއި އަދި އެމީހުންގެ ހިތްތައް ހަރުވެ ގަދަވެފައިވާ މީހުންގެ ހިތްތަކަށްވާ فِتْنَة އެއްކަމުގައި އެބަހީ މަގުފުރެދުމެއްކަމުގައި އެކަލާނގެ ލެއްވުމަށެވެ. އަދި ހަމަކަށަވަރުން އަނިޔާވެރިން (مشرك ން) ވަނީ ހަމަކަށަވަރުންވެސް ދުރުވެގެންވާ ދެކޮޅުވެރިކަމެއްގައެވެ. (ﷲ ގެ أمر ފުޅާއި خلاف ވެ حقّ އާއި ވަރަށް ދުރުގައެވެ.)
-
22:54
وَلِيَعْلَمَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ أَنَّهُ ٱلْحَقُّ مِن رَّبِّكَ فَيُؤْمِنُوا۟ بِهِۦ فَتُخْبِتَ لَهُۥ قُلُوبُهُمْ ۗ وَإِنَّ ٱللَّهَ لَهَادِ ٱلَّذِينَ ءَامَنُوٓا۟ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
Wa-liyaʻlamal laẓeena ʹootul ʻllma ʹannahul Ḥaq̣q̣u mir Rabbika fayuʹminoo bihee fatukhbita lahoo q̣uloobuhum: wa-ʹinnal laaha la-Haadil laẓeena ʹaamanooo ʹilaa Ṣiraaṭim Mustaq̣eem.
އަދި އެކަލާނގެ އެކަން ލެއްވީ - (އެބަހީ: شيطان އެވެއްދެވި އެއްޗެއް ނެތިކުރައްވައި باطل ކުރައްވައި އެކަލާނގެ އާޔަތްތައް خلاص ކުރައްވައި ސާބިތުކުރެއްވީ) علم ގެ أهل ވެރިންނަށް އެ قرآن ގައިވާ آية ތައް އެއީ ހަމަ حقّ ކަން ދެނެގަނެ ދެން އެއާޔަތްތަކަށް إيمان ވެ ތެދުކޮށް އަދި އެމީހުންގެ ހިތްތައް އެ قرآن އަށް މަޑުމޮޅިވެ ކިޔަމަންވެ ބިރުވެތިވުމަށެވެ. ހަމަކަށަވަރުން ﷲ تعالى އީ އީމާންވީ މީސްތަކުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވާ އަދި ދައްކަވާނެ ކަލާނގެކަން ކަށަވަރެވެ.
-
22:55
وَلَا يَزَالُ ٱلَّذِينَ كَفَرُوا۟ فِى مِرْيَةٍ مِّنْهُ حَتَّىٰ تَأْتِيَهُمُ ٱلسَّاعَةُ بَغْتَةً أَوْ يَأْتِيَهُمْ عَذَابُ يَوْمٍ عَقِيمٍ
Wa-laa yazaalul laẓeena kafaroo fee miryatim minhu ḥattaa taʹtiyahumus Saaʻatu bag̣tatan ʹaw yaʹtiyahum ʹaẓaabu Yawmin ʻAq̣eem.
އަދި كَافرވީ މީސްތަކުން އެ قرآن އާއިމެދު ޝައްކެއްގައި ވުމުން ފިލައިނުދެއެވެ. އެއީ ހަމަކަށަވަރުން އެމީހުންނަށް قيامة قائم ވެއްޖައުމަށް ދާންދެންނެވެ. ނުވަތަ (އެކާފަރުންނަށް) އެއްވެސް رحمة އެއްނެތް ދުވަހެއްގެ عذاب އަތުވެއްޖައުމަށްދާންދެނެވެ. (އެދުވަހަކީ قيامة ދުވަހެވެ. / ނުވަތަ بَدر ގެ ދުވަހެވެ.) والله أعلم.
-
22:56
ٱلْمُلْكُ يَوْمَئِذٍ لِّلَّهِ يَحْكُمُ بَيْنَهُمْ ۚ فَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فِى جَنَّـٰتِ ٱلنَّعِيمِ
ʹAl-Mulku Yawmaʹiẓil lillaah: yaḥkumu baynahum: fallaẓeena ʹaamanoo wa-ʻamiluṣ Ṣaaliḥaati fee Jannaatin Naʻeem.
އަދި އެދުވަހުން އެންމެހައި ވެރިކަމަކާއި ބާރެއްވަނީ ހަމަ ﷲ އަށްخاصّ ވެގެންނެވެ. ފަހެ އެކަލާނގެ އެމީހުންގެ މެދުގައި حكم ކުރައްވާހުއްޓެވެ. ފަހެ إيمان ވެގެން صالح عمل ތައް ކުރި މީހުންވާނީ نعمة ތަކުގެވެރި ސުވަރުގެތަކުގައެވެ.
-
22:57
وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَا فَأُو۟لَـٰٓئِكَ لَهُمْ عَذَابٌ مُّهِينٌ
Wallaẓeena kafaroo wa-kaẓẓaboo biʹAayaatinaa faʹulaaaʹika lahum ʻAẓaabum muheen.
އަދި كافر ވެ ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީސްތަކުން (ދަންނައެވެ.) އެމީހުންނަށް ހުރީ ހަމަ އިހާނާތްތެރިވެގެންވާ عذاب އެވެ.
-
22:58
وَٱلَّذِينَ هَاجَرُوا۟ فِى سَبِيلِ ٱللَّهِ ثُمَّ قُتِلُوٓا۟ أَوْ مَاتُوا۟ لَيَرْزُقَنَّهُمُ ٱللَّهُ رِزْقًا حَسَنًا ۚ وَإِنَّ ٱللَّهَ لَهُوَ خَيْرُ ٱلرَّٰزِقِينَ
Wallaẓeena haajaroo fee Sabeelil laahi s̤umma q̣utilooo ʹaw maatoo layarzuq̣annahumul laahu Rizq̣an ḥasanaa: wa-ʹinnal laaha la-Huwa Khayrur raaziq̣een.
އަދި ﷲ ގެ މަގުގައި هجرة އަށްދިޔަ މީސްތަކުން ދެން އެމީހުން (އެކަމުގައި) قَتل ވެދިޔަ ނުވަތަ މަރުވެދިޔަ މީސްމީހުން (ދަންނައެވެ.) ހަމަކަށަވަރުން ﷲ تعالى އެމީހުންނަށް ރަނގަޅުވެގެންވާ ރިޒުގެއް ދެއްވާހުއްޓެވެ. (އެއީ ގިނަވެގެންވާ ثواب އާއި ދަރުމައެވެ.) އަދި ހަމަކަށަވަރުން ﷲ تعالى އީ އެންމެ ހެޔޮކޮށް ރިޒުގުދެއްވާ ކަލާނގެއެވެ.
-
22:59
لَيُدْخِلَنَّهُم مُّدْخَلًا يَرْضَوْنَهُۥ ۗ وَإِنَّ ٱللَّهَ لَعَلِيمٌ حَلِيمٌ
Layudkhilannahum mud-khalañy yarḍawnah: wa-ʹinnal laaha laʻAleemun Ḥaleem.
ހަމަކަށަވަރުން އެމީހުން (އެބަހީ: هجرة ކުރުމުގައި قتل ވެ މަރުވެގެންދިޔަމީހުން) ރުހޭނެތާކަށް އެކަލާނގެ އެމީހުން ވައްދަވާހުއްޓެވެ. (އެއީ މާތްވެގެންވާ ސުވަރުގެއެވެ.) އަދި ހަމަކަށަވަރުން ﷲ تعالى އީ ދެނެވޮޑިގެންވާ އަދި ކުއްލިއަކަށް عقوبة ނުދެއްވާ ކޯފާމަޑު ކަލާނގެއެވެ.
-
22:60
۞ ذَٰلِكَ وَمَنْ عَاقَبَ بِمِثْلِ مَا عُوقِبَ بِهِۦ ثُمَّ بُغِىَ عَلَيْهِ لَيَنصُرَنَّهُ ٱللَّهُ ۗ إِنَّ ٱللَّهَ لَعَفُوٌّ غَفُورٌ
Ẓaalika. Wa-man ʻaaq̣aba bimis̤li maa- ʻooq̣iba bihee s̤umma bug̣iya ʻalayhi layañṣurannahul laah: ʹinnal laaha laʻAfuwwun G̣afoor.
އެހެނީ މިކަމަށްޓަކައި މީހަކަށް ނުވަތަ ބަޔަކަށް އަނިޔާއެއްކޮށް بغاوة ކުރި މީހާއަށް އޭނާ އެކުރި ކަންތަކާއެއްވަރުގެ އަނިޔާއާއި عقوبة ދެވުމަށްފަހު ދެން އަލުން އޭނާއަށް އަދަބުދެވި އަނިޔާވެރިވެވި عقوبة ދެވިއްޖެއްޔާ ހަމަކަށަވަރުން (އޭނާއަށް އެއަނިޔާކުރި މީހާގެމައްޗަށް) ﷲ تعالى އޭނާއަށް نَصْرُ ދެއްވާނެއެވެ. ހަމަކަށަވަރުން ﷲ تعالى އީ عفوء ކުރެއްވުން ބޮޑު އަދި ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.
-
22:61
ذَٰلِكَ بِأَنَّ ٱللَّهَ يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ وَأَنَّ ٱللَّهَ سَمِيعٌۢ بَصِيرٌ
Ẓaalika biʹannal laaha yoolijul layla fin nahaari wa-yoolijun nahaara fil layli wa-ʹannal laaha Sameeʻum Baṣeer.
އެއީ - (އެބަހީ: އެދެއްވާ نصر އަކީ އެކަލާނގެ ކުޅަދުންވަންތަ ކަމުން ދެއްވާ نصر އެވެ.) އެހެނީ ﷲ تعالى ދުވާލުގެ ތެރެއަށް ރޭގަނޑު ވައްދަވައެވެ. އަދި ރޭގަނޑުގެ ތެރެއަށް ދުވާލު ވައްދަވައެވެ. އެބަހީ: އެކަލާނގެ ރޭދުވާ ތަކުރާރުކުރައްވައެވެ. އެއީވެސް އެކަލާނގެ ކުޅަދުން ވަންތަކަމުގެތެރެއިންވާކަމެކެވެ. އަދި ހަމަކަށަވަރުން ﷲ تعالى އީ އައްސަވާވޮޑިގެންވާ ބައްލަވާ ކަލާނގެއެވެ.
-
22:62
ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِۦ هُوَ ٱلْبَـٰطِلُ وَأَنَّ ٱللَّهَ هُوَ ٱلْعَلِىُّ ٱلْكَبِيرُ
Ẓaalika biʹannal laaha Huwal Ḥaq̣q̣u wa-ʹanna maa- yadʻoona miñ doonihee huwal Baaṭilu wa-ʹannal laaha Huwal ʻAliyyul Kabeer.
އެއީ - އެބަހީ: ރޭދުވާ އެކަލާނގެ ތަކުރާރުކުރައްވަނީ ހަމަކަށަވަރުން ﷲ تعالى އެއީ حقُّ ވަންތަ إله ކަމުގައި ވީކަމެވެ. އަދި އެ مشرك ންގެމީހުން އެކަލާނގެ ފިޔަވައި އެތަކެއްޗަށް (އެބުދުތަކަށް) ގޮވާ دعاء ކުރާ އެންމެހައިތަކެއްޗަކީ ހަމަ ސީދާ باطل ތަކެއްޗެވެ. އެއްވެސް މާނައެއްގައި إله އެއްނޫނެވެ. އަދި ހަމަކަށަވަރުން ﷲ تعالى އީ މަތިވެރިވެވޮޑިގެންވާ ހައިބަބޮޑުވެގެންވާ ކަލާނގެއެވެ.
-
22:63
أَلَمْ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَتُصْبِحُ ٱلْأَرْضُ مُخْضَرَّةً ۗ إِنَّ ٱللَّهَ لَطِيفٌ خَبِيرٌ
ʹAlam tara ʹannal laaha ʹañzala minas samaaaʹi maaaʹañ fatuṣbiḥul ʹarḍu mukhḍarrah? ʹInnal laaha Laṭeefun Khabeer.
(އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ﷲ تعالى އުޑުން ފެންބާވައިލައްވާކަން ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވޭތޯއެވެ؟ އެބަހީ އެނގިވަޑައިގަންނަވާނެއެވެ. ދެން ބިންގަނޑު ފެހިއެއްޗަކަށް ވެދެއެވެ. އެބަހީ: ގަސްތައްފަޅައި ފެހިވެދެއެވެ. ހަމަކަށަވަރުން ﷲ تعالى އީ އެންމެހައި ކުދިކުދި އެއްޗެއްސަށްދާންދެން ދެނެވޮޑިގެންވާ އަދި خبر ކުރައްވާ ކަލާނގެއެވެ.
-
22:64
لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَإِنَّ ٱللَّهَ لَهُوَ ٱلْغَنِىُّ ٱلْحَمِيدُ
Lahoo Maa- fis samaawaati wa-maa fil ʹarḍ: wa-ʹinnal laaha la-Huwal G̣aniyyul Ḥameed.
އުޑުތަކާއި އަދި ބިމުގައިވާހާތަކެތި މިލްކުވެ خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. އަދި ހަމަކަށަވަރުން ﷲ تعالى އީ އަމިއްލަ ذات ފުޅާއިގެން ފުދިވޮޑިގެންވާ އަދި حمد އާއި تعريف ލިބިވޮޑިގެންވާ ކަލާނގެކަން يقين އެވެ.
-
22:65
أَلَمْ تَرَ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِى ٱلْأَرْضِ وَٱلْفُلْكَ تَجْرِى فِى ٱلْبَحْرِ بِأَمْرِهِۦ وَيُمْسِكُ ٱلسَّمَآءَ أَن تَقَعَ عَلَى ٱلْأَرْضِ إِلَّا بِإِذْنِهِۦٓ ۗ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٌ رَّحِيمٌ
ʹAlam tara ʹannal laaha sakhkhara lakum maa fil ʹarḍi wal-fulka tajree fil baḥri biʹamrih? Wa-yumsikus samaaaʹa ʹañ taq̣aʻa ʻalal ʹarḍi ʹillaa biʹiẓnih: ʹinnal laaha binnaasi la-Raʹoofur Raḥeem.
(އޭ رسول ﷲ އެވެ.) ހަމަކަށަވަރުން ބިމުގައިވާހާ އެއްޗެއް ކަލޭމެނަށް (އިންސާނުންނަށް) ޓަކައި ﷲ تعالى ކިޔަމަންކޮށްދެއްވިއެވެ. އަދި ނައުދޯގުފަހަރު އެކަލާނގެ أمر ފުޅަށް ކަނޑުގައި ދުވެއެވެ. މިކަންކަން ދެނެވަޑައިނުގަންނަވައިތޯއެވެ؟ އެބަހީ: ދެނެވަޑައިގަންނަވާނެއެވެ. އަދި އެކަލާނގެ އިޒުނަފުޅަށް މެނުވީ ބިމުގެ މައްޗަށް އުޑުވެއްޓުނަ ނުދެއްވައި އެކަލާނގެ ހިފަހައްޓަވައެވެ. ހަމަކަށަވަރުން ﷲ تعالى އީ މީސްތަކުންނަށް ނުހަނު އޯގާވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
-
22:66
وَهُوَ ٱلَّذِىٓ أَحْيَاكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ۗ إِنَّ ٱلْإِنسَـٰنَ لَكَفُورٌ
Wa-Huwal laẓeee ʹaḥyaakum s̤umma yumeetukum s̤umma yuḥyeekum: ʹinnal ʹiñsaana lakafoor!
(އޭ މީސްތަކުންނޭވެ.) ކަލޭމެން ހެއްދެވީ ހަމަ އެކަލާނގެއެވެ. ދެން އެކަލާނގެ ކަލޭމެން މަރުއްވައެވެ. ދެން (އަލުން محشر ކުރެއްވުމަށް) ކަލޭމެން ދިރުއްވާނީވެސް ހަމަ އެކަލާނގެއެވެ. ހަމަކަށަވަރުން އިންސާނާއީ (ﷲ ގެ نعمة އަށް) ކާފަރުވުން ބޮޑުމީހެއްކަން ކަށަވަރެވެ.
-
22:67
لِّكُلِّ أُمَّةٍ جَعَلْنَا مَنسَكًا هُمْ نَاسِكُوهُ ۖ فَلَا يُنَـٰزِعُنَّكَ فِى ٱلْأَمْرِ ۚ وَٱدْعُ إِلَىٰ رَبِّكَ ۖ إِنَّكَ لَعَلَىٰ هُدًى مُّسْتَقِيمٍ
Likulli ʹummatiñ jaʻalnaa mañsakan hum naasikoohu falaa yunaaziʻunnaka fil ʹamri wadʻu ʹilaa Rabbik; ʹinnaka laʻalaa Hudam Mustaq̣eem.
ކޮންމެ أمّة އަކަށްވެސް ތިމަންރަސްކަލާނގެ مَنْسَكُ އެއް ލެއްވީމެވެ. (އެއީ قُرْبَان ކޮށް ލެއިއޮހޮރުވާ عيد ކޮށް ހަދާނެތަނަކާއި ވަގުތެކެވެ.) އެތަންތާނގައި އެބަޔަކު قربان ކޮށް عيد ކޮށް ހަދައެވެ. އެއީ އެމީހުންގެ ތަނެވެ. ފަހެ ކަލޭގެފާނުންގެ قربان ކުރުމާ عيد ކުރުމުގެ ކަންތަކުގައި އެމީހުން ދެބަސްވެ جَدَلُ ނުކުރާހުށިކަމެވެ. އަދި ކަލޭގެފާނު ކަލޭގެފާނުންގެ ربّ އަށް دعاء ކުރައްވައި ހައްދަވާ ށެވެ. ހަމަކަށަވަރުން ކަލޭގެފާނު ވަނީ ހަމަ ސީދާވެގެންވާ ތެދުމަގެއްގައެވެ.
-
22:68
وَإِن جَـٰدَلُوكَ فَقُلِ ٱللَّهُ أَعْلَمُ بِمَا تَعْمَلُونَ
Wa-ʹiñ jaadalooka faq̣ulil laahu ʹAʻlamu bimaa taʻmaloon.
އަދި އެ مشرك ންގެމީހުން ކަލޭގެފާނާ جَدَل ކޮށްހަދަންޏާ ފަހެ ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ކުރާ ކަންތައްތައް ﷲ ދެނެވޮޑިގަތުންބޮޑެވެ.
-
22:69
ٱللَّهُ يَحْكُمُ بَيْنَكُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ
ʹAllaahu yaḥkumu baynakum Yawmal Q̣iyaamati feema kuñtum feehi takhtalifoon.
އަދި އެކަމަކާމެދު ކަލޭމެން ދެބަސްވެ إختلاف ވާކަމުގައިވީ ކަންތަކާމެދު ކަލޭމެންގެ މެދުގައި ﷲ حكم ކުރައްވާހުއްޓެވެ. އެއީ قيامة ދުވަހުންނެވެ.
-
22:70
أَلَمْ تَعْلَمْ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَآءِ وَٱلْأَرْضِ ۗ إِنَّ ذَٰلِكَ فِى كِتَـٰبٍ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ
ʹAlam taʻlam ʹannal laaha yaʻlamu maa- fis samaaaʹi wal-ʹarḍ? ʹInna ẓaalika fee Kitaab: ʹinna ẓaalika ʻalal laahi yaseer.
އަދި (އޭ رسول ﷲ އެވެ.) އުޑާއި ބިމުގައިވާހާ އެއްޗެއް (އަދި ވާހާކަމެއް) ﷲ ދެނެވޮޑިގެންވާކަން ކަލޭގެފާނު ދެނެވަޑައިނުގަންނަވަމުތޯއެވެ؟ (އެކަން އެނގިވަޑައިގަންނަވާނެއެވެ.) ހަމަކަށަވަރުން އެދެނެވޮޑިގަތުމަކީ އެއީ ފޮތެއްގައި ލިޔެވިގެންވާ އެއްޗެކެވެ. (އެއީ قيامة އާއި ޖެހެންދެން ވާނެ ހުރިހާކަމެއް ﷲ ލިއުއްވާފައިވާ ފޮތެވެ. أمّ الكتَاب އެވެ.) އަދި ހަމަކަށަވަރުން އެލިއުއްވުން ނުވަތަ خَلْقُ ތަކުންގެ މެދުގައި حكم ކުރެއްވުން އެއީ ﷲ تعالى ގެ حضرة އަށް ދާދި ލުއިފަސޭހަކަމެކެވެ.
-
22:71
وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَـٰنًا وَمَا لَيْسَ لَهُم بِهِۦ عِلْمٌ ۗ وَمَا لِلظَّـٰلِمِينَ مِن نَّصِيرٍ
Wa-yaʻbudoona miñ doonil laahi maa- lam yunazzil bihee sulṭaanañw wamaa laysa lahum̃ bihee ʻilm: wa-maa liz̤̣z̤̣aalimeena min naṣeer.
އަދި އެ مشرك ންގެމީހުން ﷲ ފިޔަވައި އެއަޅުކަންކުރަނީ އެތަކެއްޗަށް އަޅުކަންކުރުން ހުއްދަވާނެކަމުގެ މައްޗަށް އެއްވެސް دليل އެއް حجّة އެއް ބާވައިލައްވާފައިނުވާ އެއްޗެހި ތަކަކަށެވެ. (އެއީ ބުދުތަކާއި އެމާނާގައިވާ ކޮންމެ އެއްޗެކެވެ.) އަދި އެތަކެތި އެއީ إله ންކަމުގެ އެއްވެސް އެނގުމެއް އެމީހުންނަށްވެސް ނުވާ ތަކެއްޗަށެވެ. އަދި އެއަނިޔާވެރިންނަށް - مشرك ންނަށް نصر ދޭނޭ އެކަކުވެސް قيامة ދުވަހުން ނުވާނެއެވެ.
-
22:72
وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍ تَعْرِفُ فِى وُجُوهِ ٱلَّذِينَ كَفَرُوا۟ ٱلْمُنكَرَ ۖ يَكَادُونَ يَسْطُونَ بِٱلَّذِينَ يَتْلُونَ عَلَيْهِمْ ءَايَـٰتِنَا ۗ قُلْ أَفَأُنَبِّئُكُم بِشَرٍّ مِّن ذَٰلِكُمُ ۗ ٱلنَّارُ وَعَدَهَا ٱللَّهُ ٱلَّذِينَ كَفَرُوا۟ ۖ وَبِئْسَ ٱلْمَصِيرُ
Wa-ʹiẓaa tutlaa ʻalayhim ʹAayaatunaa Bayyinaatiñ taʻrifu fee wujoohil laẓeena kafarul muñkar! Yakaadoona yasṭoona bil-laẓeena yatloona ʻalayhim ʹAayaatinaa. Q̣ul ʹa-faʹunabbiʹukum̃ bisharrim miñ ẓaalikum? ʹAn-Naar! Waʻadahal laahul laẓeena kafaroo! Wa-biʹsal maṣeer.
އަދި بيان ވެގެންވާ ތިމަންރަސްކަލާނގެ އާޔަތްތައް އެމީހުންގެ މައްޗަށް ކިޔެވިއްޖެއްޔާ (އެމީހުންނަށް ކިޔަވައިދެވިއްޖެއްޔާ ކާފަރުންގެ މޫނުތަކުގެ މަތީ ނުރުހުމާ ރުޅިވެރިކަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އެކަން އެނގިވަޑައިގަންނަވާނެއެވެ. އަދި ތިމަންރަސްކަލާނގެ أية ތައް އެމީހުންނަށް ކިޔަވައިދޭ މީހުންގެ ގަޔަށް އެމީހުން އަރައިގަނެ ތަޅާފޮޅައިގަތުން ގާތްވެގެންވެއެވެ. (އޭ رسول ﷲ އެވެ.) ކަލޭގެފާނު (އެ مشرك ންނަށް) ވިދާޅުވާށެވެ! ކަލޭމެނަށް އެއަށްވުރެ މާނުބައިކަމެއްގެ خبر އަހުރެން ކަލޭމެނަށް ދެންހެއްޔެވެ؟ އެއީ ކާފަރުންނަށް ﷲ وعد ކުރައްވާފައިވާ ނަރަކައެވެ. އަލިފާނެއެވެ. އެއީ އެނބުރިގޮސް ހުރުން ނުބައިވެގެންވާ ތަނެކެވެ.
-
22:73
يَـٰٓأَيُّهَا ٱلنَّاسُ ضُرِبَ مَثَلٌ فَٱسْتَمِعُوا۟ لَهُۥٓ ۚ إِنَّ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ لَن يَخْلُقُوا۟ ذُبَابًا وَلَوِ ٱجْتَمَعُوا۟ لَهُۥ ۖ وَإِن يَسْلُبْهُمُ ٱلذُّبَابُ شَيْـًٔا لَّا يَسْتَنقِذُوهُ مِنْهُ ۚ ضَعُفَ ٱلطَّالِبُ وَٱلْمَطْلُوبُ
Yaaaʹayyuhan naasu ḍuriba mas̤aluñ fastamiʻoo lah! ʹInnal laẓeena tadʻoona miñ doonil laahi lañy yakhluq̣oo ẓubaabañw walawij tamaʻoo lah! Wa-ʹiñy yaslubhumuẓ ẓubaabu shayʹal laa yastañq̣iẓoohu minh. Ḍaʻufaṭ ṭaalibu wal-maṭloob!
އޭ މީސްތަކުންނޭވެ. (ކަލޭމެންނަށް) مِثَال އެއް ޖެހެވިއްޖެއެވެ. ކަލޭމެން އެޔަށް ކަނުލައި އަހާށެވެ. ހަމަކަށަވަރުން ﷲ ފިޔަވައި އެތަކެއްޗަށް ކަލޭމެން ތިޔަ ގޮވާތަކެއްޗަށް (ބުދުތަކާއި އެމާނާގައިވާ ތަކެއްޗަށް) އެންމެ މެއްސެއްވެސް ނުހެއްދެވޭނެއެވެ. އެކަމާމެދު އެހުރިހާތަކެތި ޖަމާވިޔަސް ނުވާނެއެވެ. އަދި ބުދުތަކަށް ބަހައްޓާފައިވާ ތަކެތީގެ ތެރެއިން (ކާނާޔާ އެބާވަތުގެ ތަކެތީގެތެރެއިން) އެއްޗެއް މެހި ޖަހައިގަނެ އަތުލައިގަނެގެން ދިޔަޔަސް އެމެހީގެއަތުން އެއެތިކޮޅު އަތުލައިގަނެ ސަލާމަތް ކުރުމަކަށްވެސް އެބުދުތަކަށް ކުޅަދާނަވެގެން ނުވެއެވެ. އެދޭއެތި يعني: ބުދު ނިކަމެތިވެގެންވެއެވެ. އަދި އެދެވޭ އެތި يعني: މެހި ނިކަމެތިވެގެންވެއެވެ. (ނުވަތަ އެބުދުގެ ކިބައިން ކަންކަމަށް އެދޭ آدم ގެ ދަރިޔާ ނިކަމެތިވެގެންވެއެވެ. އަދި އޭގެ ކިބައިން ކަންކަމަށް އެދެވޭ ބުދު ނިކަމެތިވެގެންވެއެވެ. މިދެގޮތަށްވެސް ތަރުޖަމާކުރެވެއެވެ. والله أعلم)
-
22:74
مَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِهِۦٓ ۗ إِنَّ ٱللَّهَ لَقَوِىٌّ عَزِيزٌ
Maa- q̣adarul laaha ḥaq̣q̣a q̣adrih: ʹinnal laaha la-Q̣awiyyun ʻAzeez!
އެމީހުން އެބަހީ: مشرك ން ﷲ އަށް قدر ކޮށް إحترام ކުރުން حقّ ވެގެންވާ ވަރަށް قدر ކޮށް إحترام ނުކުރެއެވެ. ހަމަކަށަވަރުން ﷲ تعالى އީ ކަށަވަރުންވެސް ގަދަފަދަވަންތަ عزّة ވަންތަ ކަލާނގެއެވެ.
-
22:75
ٱللَّهُ يَصْطَفِى مِنَ ٱلْمَلَـٰٓئِكَةِ رُسُلًا وَمِنَ ٱلنَّاسِ ۚ إِنَّ ٱللَّهَ سَمِيعٌۢ بَصِيرٌ
ʹAllaahu yasṭafee minal malaaaʹikati Rusulañw Waminan naas: ʹinnal laaha Sameeʻum Baṣeer.
ﷲ تعالى މަލާއިކަތްބޭކަލުންގެ ތެރެއިން رسول ން إختيار ކުރައްވައި خاصّ ކުރައްވައެވެ. (އެއީ جبريل ފަދަ مِيكائيل ފަދަ........ ބޭބޭކަލުންނެވެ.) އަދި މީސްތަކުންގެތެރެއިންވެސް އެކަލާނގެ رسول ން إختيار ކުރައްވައި خاصّ ކުރައްވައެވެ. ހަމަކަށަވަރުން ﷲ تعالى އީ އައްސަވާވޮޑިގެންވާ ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.
-
22:76
يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۗ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ
Yaʻlamu maa- bayna ʹaydeehim wa-maa khalfahum: wa-ʹilal laahi turjaʻul ʹumoor.
އެބޭކަލުންގެ ކުރިވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. (އެބަހީ: އެބޭކަލުން ހެއްދެވުމުގެ ކުރިންވެސް އެބޭކަލުންގެ ކަންތައް ދެނެވޮޑިގެންވެއެވެ.) އަދި އެބޭކަލުންގެ ފަސްވެސް ދެނެވޮޑިގެންވެއެވެ. (އެބަހީ: އެބޭކަލުން ފަނާވެދިއުމަށްފަހު ދެންވާނެގޮތްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ކަންތައްތައް ގޮސް ނިމުންވަނީ ހަމަ ﷲ ގެ حضرة އަށެވެ.
-
22:77
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱرْكَعُوا۟ وَٱسْجُدُوا۟ وَٱعْبُدُوا۟ رَبَّكُمْ وَٱفْعَلُوا۟ ٱلْخَيْرَ لَعَلَّكُمْ تُفْلِحُونَ ۩
Yaaaʹayyuhal laẓeena ʹaamanur kaʻoo wasjudoo waʻbudoo Rabbakum wafʻalul khayra laʻallakum tufliḥoon.
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ކަލޭމެންގެ رَبّ އަށް رُكُوع ކުރާށެވެ! އަދި ކަލޭމެން އެކަލާނގެއަށް سَجِدَة ކުރާށެވެ! އަދި އެކަލާނގެއަށް އަޅުކަންކުރާށެވެ! އަދި ކަލޭމެން ހެޔޮކަންތައްތައް ކުރާށެވެ. އެއީ ކަލޭމެން ކާމިޔާބުވުމުގެ أمّيد ގައެވެ. ނަސީބުލިބޭތޯއެވެ.
-
22:78
وَجَـٰهِدُوا۟ فِى ٱللَّهِ حَقَّ جِهَادِهِۦ ۚ هُوَ ٱجْتَبَىٰكُمْ وَمَا جَعَلَ عَلَيْكُمْ فِى ٱلدِّينِ مِنْ حَرَجٍ ۚ مِّلَّةَ أَبِيكُمْ إِبْرَٰهِيمَ ۚ هُوَ سَمَّىٰكُمُ ٱلْمُسْلِمِينَ مِن قَبْلُ وَفِى هَـٰذَا لِيَكُونَ ٱلرَّسُولُ شَهِيدًا عَلَيْكُمْ وَتَكُونُوا۟ شُهَدَآءَ عَلَى ٱلنَّاسِ ۚ فَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَٱعْتَصِمُوا۟ بِٱللَّهِ هُوَ مَوْلَىٰكُمْ ۖ فَنِعْمَ ٱلْمَوْلَىٰ وَنِعْمَ ٱلنَّصِيرُ
Wa-jaahidoo fil laahi ḥaq̣q̣a jihaadih. Huwaj tabaakum wa-maa jaʻala ʻalaykum fid deeni min ḥaraj; Millata ʹabeekum ʹIbraaheem. Huwa sammaakumul Muslimeen. Miñ q̣ablu wa-fee haaẓaa liyakoonar Rasoolu shaheedan ʻalaykum wa-takoonoo shuhadaaaʹa ʻalan naas! Faʹaq̣eemuṣ Ṣalaata wa-ʹaatuz Zakaata waʻtaṣimoo billaah! Huwa Mawlaakum faniʻmal Mawlaa wa-niʻman Naṣeer.
އަދި ކަލޭމެން ﷲ ގެމަގުގައި جِهاد ކޮށް ގަދައަޅާ މަސައްކަތްކުރުން حقّ ވާ ވަރަށް އެކަލާނގެ މަގުގައި جِهاد ކޮށް ގަދައަޅާށެވެ. އަދި ކަލޭމެންގެމައްޗަށް دين ގައި އެކަލާނގެ އެއްވެސް ބުރައެއް އުނދަގުލެއް (ނުއުފުލޭވަރަކަށް) ނުލައްވައެވެ. އަދި ކަލޭމެންގެ ބަފައިކަލުން ކަމުގައިވާ إبراهيم عليه السّلام ގެ دين ގައި ކަލޭމެން ހިފަހައްޓާށެވެ! އިސްވެދިޔަ ފޮތްތަކާއި شريعة ތަކުގައިވެސް ކަލޭމެންނަށް مسلم ންގެ ނަމުން ނަންދެއްވީ ހަމަ އެކަލާނގެއެވެ. އަދި މިކީރިތި قرآن ގައިވެސް އެނަން ކަލޭމެނަށް ދެއްވީ ހަމަ އެކަލާނގެއެވެ. އެކަން އެހެން އެހެއްދެވީ رسول (ﷺ) ކަލޭމެންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި ހައްދަވައި އަދި ކަލޭމެންނީ އެންމެހައި މީސްތަކުންގެމައްޗަށް (قيامة ދުވަހުން) ހެކިވެރިންކަމުގައި ވުމަށްޓަކައެވެ. ފަހެ އެހެންވެ ކަލޭމެން ނަމާދު قائم ކުރާށެވެ! އަދި ކަލޭމެން ޒަކާތްދޭށެވެ! އަދި ﷲ ގެ حضرة ން ކަލޭމެން ރައްކާތެރިކަން ލިބިގަންނާށެވެ! އެކަލާނގެއަށް އިތުބާރުކޮށް وكيل ކުރާށެވެ! ކަލޭމެންގެ ސަހަރޯވެރި ވެރިޔަކީ ހަމަ އެކަލާނގެއެވެ. އެކަލާނގެ އެއީ (އެފަދަ އެހެން ސަހަރޯވެރިއަކު ނުވާފަދަ) ރަނގަޅު ސަހަރޯވެރިޔާއެވެ. އަދި (އެފަދަ އެހެން نصر ވެރިޔަކު ނުވާ) ރަނގަޅު نصر ވެރިޔާށެވެ.