Back to Quran

ސޫރަތްތައް 21

Al-Anbya

The Prophets · Makki · 112 ayahs

ތަރުޖަމާކުރީ Divehi Abu Bakr Ibrahim Ali

Listen to this Surah

Choose play when you are ready to listen. The Quran text remains readable if audio is unavailable.

  1. 1

    ٱقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِى غَفْلَةٍ مُّعْرِضُونَ

    ʹIq̣taraba linnaasi Ḥisaabuhum wa-hum fee g̣aflatim muʻriḍoon.

    މީސްތަކުންނަށް އެމީހުންގެ ހިސާބުބެއްލެވުން ގާތްވެއްޖެއެވެ. (އެބަހީ: ހިސާބުބައްލަވާ قيامة ދުވަސް ގާތްވެއްޖެއެވެ. އެއީ މީސްތަކުން (އެދުވަހާއިމެދު) غافل ވެގެންވާ حال ގައެވެ. އެމީހުންވަނީ ފުރަގަސްދީގެންނެވެ.

  2. 2

    مَا يَأْتِيهِم مِّن ذِكْرٍ مِّن رَّبِّهِم مُّحْدَثٍ إِلَّا ٱسْتَمَعُوهُ وَهُمْ يَلْعَبُونَ

    Maa- yaʹteehim miñ Ẓikrim mir Rabbihim muḥdas̤in ʹillas tamaʻoohu wa-hum yalʻaboon,

    (އަދި މީސްތަކުންގެގާތަށް) އެމީހުންގެ ربّ ގެ حضرة ން އެއްވެސް ذِكر އެއް އައިސް (އެބަހީ: قرآن ގެ އެއްވެސް އާޔަތެއް އައިސް) އެމީހުން އެއަހައިފިއްޔާ އެޔާމެދު ކުޅޭކުޅޭ ގޮތެއްގައި މެނުވީ އެމީހުން عمل ނުކުރެއެވެ. (އެބަހީ: އާޔަތެއް ބާވައިލެއްވި ކޮންމެހިނދެއްގައި އެމީހުން އެއާޔަތަކާމެދު ކުޅިވަރުގޮތެއްގައި ހަދައިލައެވެ.)

  3. 3

    لَاهِيَةً قُلُوبُهُمْ ۗ وَأَسَرُّوا۟ ٱلنَّجْوَى ٱلَّذِينَ ظَلَمُوا۟ هَلْ هَـٰذَآ إِلَّا بَشَرٌ مِّثْلُكُمْ ۖ أَفَتَأْتُونَ ٱلسِّحْرَ وَأَنتُمْ تُبْصِرُونَ

    Laahiyatañ q̣uloobuhum. Wa-ʹasarrun najwal laẓeena z̤̣alamoo hal haaẓaaa ʹillaa basharum mis̤lukum? ʹAfataʹtoonas siḥra wa-ʹañtum tubṣiroon?

    އެމީހުންގެ ހިތްތައްވަނީ މުޅިން غافل ވެގެންނެވެ. އަދި (އެއާޔަތެއް ދޮގުކުރުމަށް) އެމީހުން ސިއްރު ޖަލްސާކޮށްހަދައެވެ. އެބަހީ: އެ مشرك ން ނުބައިގޮތްތައް ރާވާ ސިއްރު ޖަލްސާ ކުރިއެވެ. އަދި އެމީހުން ބުނެއެވެ. މި رسول އަކީ މިއީ ހަމަ ކަލޭމެންފަދަ آدم ގެ ދަރިއެއްކަމުގައިމެނުވީ ނުވެއެވެ. އެހެންކަމަށްވާއިރު އެކަލޭގެފާނު ގެނަސްގެން އެއުޅޭ އެއްޗަކީ سحر އެކެވެ. ކަލޭމެން ތަންދޮރު އެނގޭ حال އެ سحر އާ ދިމާއަށް ދަނީހެއްޔެވެ؟ އެޔާ تبع ވަނީހެއްޔެވެ؟ (މިއީ މިމީހުން އެއްބަޔަކު އަނެއްބަޔަކަށް ބުނާބުނުމެވެ. އެމީހުން އެބުނަނީ قرآن އަކީ سحر އެއްކަމުގައެވެ.)

  4. 4

    قَالَ رَبِّى يَعْلَمُ ٱلْقَوْلَ فِى ٱلسَّمَآءِ وَٱلْأَرْضِ ۖ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ

    Q̣aala Rabbee yaʻlamul Q̣awla fis samaaaʹi wal-ʹarḍ: wa-Huwas Sameeʻul ʻAleem.

    އެކަލޭގެފާނު يعني: محمّد ﷺ ވިދާޅުވިއެވެ. ތިމަންކަލޭގެފާނުންގެ ربّ އުޑާއި ބިމުގައިވެސް (ކޮންމެތާކު ކޮންމެބަހަކުން ކޮންމެމީހަކު) ބުނާ ކޮންމެބަހެއްވެސް ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

  5. 5

    بَلْ قَالُوٓا۟ أَضْغَـٰثُ أَحْلَـٰمٍۭ بَلِ ٱفْتَرَىٰهُ بَلْ هُوَ شَاعِرٌ فَلْيَأْتِنَا بِـَٔايَةٍ كَمَآ أُرْسِلَ ٱلْأَوَّلُونَ

    Bal q̣aalooo ʹaḍg̣aas̤u ʹaḥlaamim bal iftaraahu bal huwa shaaʻir! fal-yaʹtinaa biʹAayatiñ kamaaa ʹursilal ʹawwaloon!

    އަދި ކިޔެއްހެއްޔެވެ؟ އެ مشرك ންގެ މީހުން ބުންޏެވެ. محمّد ގެފާނު އެދައްކަވާ ވާހަކައަކީ އެބަހީ: ކީރިތި قرآن އަކީ - އެއްވެސް އަސްލެއްވަސްލެއްނެތް - تفسير ނުކުރެވޭޒާތުގެ ބޭކާރު ހުވަފެނުގެ ވާހަކަތަކެކެވެ. އަދި ކިއެއްހެއްޔެވެ؟ އޭގެތެރެއިން އަނެއްބަޔަކު ބުނީ އެ قرآن އަކީ އެކަލޭގެފާނު އަމިއްލަފުޅަށް ހައްދަވައިގެން އުޅުއްވާ ދޮގުވާހަކަތަކެކެވެ. އަދި އަނެއްބަޔަކު ބުނީ އަދި ކިއެއްހެއްޔެވެ؟ އެއީ ޅެމެކެވެ. އެކަލޭގެފާނަކީ ޅެންވެރިއެކެވެ. (އަދި މިނޫންވެސް ގޮތްގޮތަށް އެމީހުން ކިޔެވެ....) އަދި އެމީހުން ބުންޏެވެ. އިހުޒަމާނުގެ رَسُول ން ގެންނެވިކަހަލަ معجزة އެއް އެކަލޭގެފާނު އަހުރެމެންނަށް ގެނަސްނުދެއްވީ ކީއްވެގެންބާވައެވެ؟ އެފަދަ معجزة އެއް ގެނެސްދެއްވި ނަމައެވެ. (އެއީ موسى ގެފާނުންގެ އަސާކޮޅު - صالح ގެފާނުންގެ جمل ކޮޅު - އަދި عيسى ގެފާނުން މަރުވިމީހުން ދިރުއްވުންކަހަލަ معجزة އެވެ. ދެންފަހެ މިބައިމީހުންގެ މިބަހުގެ جواب ގައި ﷲ އެ އަންގަވަނީ....)

  6. 6

    مَآ ءَامَنَتْ قَبْلَهُم مِّن قَرْيَةٍ أَهْلَكْنَـٰهَآ ۖ أَفَهُمْ يُؤْمِنُونَ

    Maaa ʹaamanat q̣ablahum miñ q̣aryatin ʹahlaknaahaa: ʹa-fahum yuʹminoon?

    (އެފަދަ معجزة އަށް އެދި އެ معجزة ގެންނަވައި އީމާންނުވެގެން ތިމަންރަސްކަލާނގެ ހަލާކުކުރެއްވި އިހުގެ އެއްވެސް أمّة އެއްގެމީހުން އެ معجزة ގެންނެވުމަކުން ވަކި إيمان އެއްނުވިއެވެ. މި أمّة ގެ މީހުން ފަހެ إيمان ވާނޭހެއްޔެވެ؟

  7. 7

    وَمَآ أَرْسَلْنَا قَبْلَكَ إِلَّا رِجَالًا نُّوحِىٓ إِلَيْهِمْ ۖ فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ

    Wa-maaa ʹarsalnaa q̣ablaka ʹillaa rijaalan nooḥeee ʹilayhim fasʹalooo ʹAhlaẓ Ẓikri ʹiñ kuñtum laa- taʻlamoon.

    (އަދި އޭ رسول ﷲ އެވެ.) ކަލޭގެފާނުންގެ ކުރީގައިވެސް ހަމަ ފިރިހެނުން މެނުވީ ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވާފައި ނުވާނެއެވެ. ތިމަންރަސްކަލާނގެ އެބޭކަލުންނަށް ބަސްފުޅު وحي ކުރެއްވީއެވެ. އޭމިތިބަ مشرك ންނޭވެ. ތިޔަބައިމީހުންނަށް ނޭނގެންޏާ ذِكْرُ ގެ أهل ވެރިންކުރެން ނިކަން އަހައިބަލާށެވެ. (އެބަހީ: އިހުގެ ފޮތްފޮތްކަމުގައިވާ توراة އާއި إنْجِيل ގެ أهل ވެރިންކުރެން އަހައިބަލާށެވެ. އެމީހުންގެ ފޮތްތަކުގައިވެސް އެވާހަކަ ވާނެއެވެ.)

  8. 8

    وَمَا جَعَلْنَـٰهُمْ جَسَدًا لَّا يَأْكُلُونَ ٱلطَّعَامَ وَمَا كَانُوا۟ خَـٰلِدِينَ

    Wa-maa jaʻalnaahum jasadal laa yaʹkuloonaṭ ṭaʻaama wa-maa kaanoo khaalideen.

    އަދި އެބޭބޭކަލުންނަކީ ކާއެއްޗެއް ފަރީނުކުޅުއްވާ ހަމަ ހުސްހަށިގަނޑުތަކެއްކަމުގައި ތިމަންރަސްކަލާނގެ ނުލައްވަމެވެ. (އެބަހީ: އެބޭކަލުންނަކީ ހަމަ ކައިބޮއިހައްދަވާ ފިރިހެނުންނެވެ.) އަދި އެބޭކަލުންނަކީ އަވަހާރަނުވެ ދެމިތިއްބަވާ ބޭކަލުންކަމުގައިވެސް ތިމަންރަސްކަލާނގެ އެބޭކަލުން ނުލައްވަމެވެ. (އެބަހީ: އެބޭކަލުންނަކީ ހަމަ އަވަހާރަވެސްވާ ބޭކަލުންނެވެ.)

  9. 9

    ثُمَّ صَدَقْنَـٰهُمُ ٱلْوَعْدَ فَأَنجَيْنَـٰهُمْ وَمَن نَّشَآءُ وَأَهْلَكْنَا ٱلْمُسْرِفِينَ

    S̤umma ṣadaq̣naahumul waʻda faʹañjaynaahum wa-man nashaaaʹu wa-ʹahlaknal musrifeen.

    ދެން ތިމަންރަސްކަލާނގެ އެބޭކަލުންނަށް ކުރެއްވި وَعْدُ ފުޅު އެބޭކަލުންނަށް ތެދުކޮށް ދެއްވީމެވެ. (އެއީ إيمان ނުވި މީހުން ހަލާކުކުރައްވައި އެބޭކަލުންނަށް نصر ދެއްވުމުގެ وعد ފުޅެވެ.) ފަހެ ތިމަންރަސްކަލާނގެ އެބޭކަލުން ސަލާމަތްކުރެއްވީމެވެ. އަދިވެސް ތިމަންރަސްކަލާނގެ އެދިވޮޑިގެންނެވިބަޔަކު ސަލާމަތްކުރެއްވީމެވެ. އެއަށްފަހު (ކާފަރުކަމާ އުރެދުމުގައި) ހައްދުފަހަނައަޅާފައިވާ މީހުން ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ. (ކޮންމެ أمّة އަކަށްވެސް ވީ ހަމަ އެހެންނެވެ.)

  10. 10

    لَقَدْ أَنزَلْنَآ إِلَيْكُمْ كِتَـٰبًا فِيهِ ذِكْرُكُمْ ۖ أَفَلَا تَعْقِلُونَ

    Laq̣ad ʹañzalnaaa ʹilaykum Kitaabañ feehi Ẓikrukum: ʹafalaa taʻq̣iloon?

    އަދި ހަމަކަށަވަރުން (އޭ قريش ންނޭވެ.) ތިޔަބައިމީހުންގެ ذِكْرُ ބަޔާންވެގެންވާ ފޮތެއް ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބާވައިލެއްވީމެވެ. (މިއާޔަތުގައި މިވާ ذكر އަކީ މާތްކަމާއި شرف ވެރިކަމާއި أخلاق ގެ މާތްކަމާއި مَحَاسِنُ އެވެ. ބާވައިލެއްވިފޮތަކީ އެއީ ކީރިތި قرآن އެވެ.) މިކަންކަމާއިމެދު ތިޔަބައިމީހުން ފަހެ ވިސްނާ فكر ނުކުރާނޭހެއްޔެވެ؟ ވިސްނާ فكر ކުރަންވާނެއެވެ.

  11. 11

    وَكَمْ قَصَمْنَا مِن قَرْيَةٍ كَانَتْ ظَالِمَةً وَأَنشَأْنَا بَعْدَهَا قَوْمًا ءَاخَرِينَ

    Wa-kam q̣aṣamnaa miñ q̣aryatiñ kaanat z̤̣aalimatañw wa-ʹañshaʹnaa baʻdahaa q̣awman ʹaakhareen?

    އަދި އަނިޔާވެރިންކަމުގައި އެރަށްރަށުގެ أَهْلُ ވެރިންވުމުން (އެބަހީ: ކާފަރުންކަމުގައިވުމުން) ތިމަންރަސްކަލާނގެ ވަރަށްގިނަ ރަށްރަށް ހަލާކު ކުރައްވައި ބަރުބާދުކުރެއްވީމެވެ. އަދި އެރަށްރަށް ހަލާކުކުރެއްވުމަށްފަހު ދެން ތިމަންރަސްކަލާނގެ އެހެން قوم އެއް އުފެއްދެވީމެވެ.

  12. 12

    فَلَمَّآ أَحَسُّوا۟ بَأْسَنَآ إِذَا هُم مِّنْهَا يَرْكُضُونَ

    Falammaaa ʹaḥassoo baʹsanaaa ʹiẓaa hum minhaa yarkuḍoon.

    ދެންފަހެ އެމީހުންނަށް (އެބަހީ: رَسُولُ ބޭކަލުން ދޮގުކޮށް ﷲ އަށް إيمان ނުވިމީހުންނަށް) ތިމަންރަސްކަލާނގެ عَذَاب ގެ إحْسَاس ވީހިނދުން / (އެނގުނުހިނދުން) އެމީހުން އެރަށުން ދުވެފިލަން ދާންފަށައިފިއެވެ.

  13. 13

    لَا تَرْكُضُوا۟ وَٱرْجِعُوٓا۟ إِلَىٰ مَآ أُتْرِفْتُمْ فِيهِ وَمَسَـٰكِنِكُمْ لَعَلَّكُمْ تُسْـَٔلُونَ

    Laa- tarkuḍoo warjiʻooo ʹilaa maaa ʹutriftum feehi wa-masaakinikum laʻallakum tusʹaloon.

    (އެހިނދު އެމީހުންނަށް އެންގެވުނެވެ.) ކަލޭމެން ފިލަން ނުދުވާށެވެ. އަދި އެ އެއްޗެއްގައި ކަލޭމެން ބޮޑާވެ ކާފަރުވީ އެއްޗަށް އެބަހީ: އެ نعمة ތަކަށް ކަލޭމެން رجوع ވާށެވެ. (އޭގައި މަޖާނަގާށެވެ.) އަދި ކަލޭމެންގެ ގޯތިގެދޮރުތަކަށްދާށެވެ. ކަލޭމެންނަށް ސުވާލުކުރެވުމުގެ مقصد ގައެވެ.

  14. 14

    قَالُوا۟ يَـٰوَيْلَنَآ إِنَّا كُنَّا ظَـٰلِمِينَ

    Q̣aaloo yaa-waylanaaa ʹinnaa kunnaa z̤̣aalimeen!

    އެމީހުން ދަންނަވައެވެ. އޭ އަހުރެމެންގެ މައްޗަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ. ހަމަކަށަވަރުން އަހުރެމެން ވީ އަނިޔާވެރިންކަމުގައެވެ. مشرك ންކަމުގައެވެ.

  15. 15

    فَمَا زَالَت تِّلْكَ دَعْوَىٰهُمْ حَتَّىٰ جَعَلْنَـٰهُمْ حَصِيدًا خَـٰمِدِينَ

    Famaa zaalat tilka daʻwaahum ḥattaa jaʻalnaahum ḥaṣeedan khaamideen.

    ފަހެ އެމީހުންގެ އެގޮވުން يعني: " އޭ އަހުރެމެންގެ މައްޗަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ." މިހެން ގޮވާގޮވުން ތިމަންރަސްކަލާނގެ އެމީހުން މަރުވެ ތަންޑާވެގެންވާ ބަޔަކުކަމުގައި ލައްވައިފުމަށް ދާނދެން ފިލައިނުދާނެއެވެ. އެބަހީ: އެމީހުން އެ عَذَاب ގައި މަރުވެއްޖައުމަށް ދާންދެން އެހެން ގޮވަގޮވަތިބޭނެއެވެ.

  16. 16

    وَمَا خَلَقْنَا ٱلسَّمَآءَ وَٱلْأَرْضَ وَمَا بَيْنَهُمَا لَـٰعِبِينَ

    Wa-maa khalaq̣nas samaaaʹa wal-ʹarḍa wa-maa baynahumaa laaʻibeen!

    އަދި އުޑާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެތި ބޭކާރު އަދި ކުޅިވަރުގޮތެއްގައި ނުވަތަ باطل ގޮތެއްގައި ތިމަންރަސްކަލާނގެ ނުހައްދަވަމެވެ. (އެބަހީ: އެތަކެތި ހެއްދެވުމުގައި ވަރަށްބޮޑެތި حكمة ތަކެއް އެކަލާނގެ ލައްވާފައިވެއެވެ.)

  17. 17

    لَوْ أَرَدْنَآ أَن نَّتَّخِذَ لَهْوًا لَّٱتَّخَذْنَـٰهُ مِن لَّدُنَّآ إِن كُنَّا فَـٰعِلِينَ

    Law ʹaradnaaa ʹan nattakhiẓa lahwal lat-takhaẓnaahu mil ladunnaaa ʹiñ kunnaa faaʻileen!

    ތިމަންރަސްކަލާނގެ އަނބިކަނބަލަކު ނުވަތަ ދަރިކަލަކު إختيار ކުރެއްވުމަށް އިރާދަކުރައްވަނީނަމަ ތިމަންރަސްކަލާނގެ حضرة ން އަނބިކަނބަލަކު އަދި ދަރިކަލަކު إختيار ކުރައްވައިފީހެވެ. ތިމަންރަސްކަލާނގެއީ އެފަދަކަމެއް ކުރައްވާނޭ ކަލަކުކަމުގައި ނުވެއެވެ.

  18. 18

    بَلْ نَقْذِفُ بِٱلْحَقِّ عَلَى ٱلْبَـٰطِلِ فَيَدْمَغُهُۥ فَإِذَا هُوَ زَاهِقٌ ۚ وَلَكُمُ ٱلْوَيْلُ مِمَّا تَصِفُونَ

    Bal naq̣ẓifu bil-Ḥaq̣q̣i ʻalal baaṭili fayadmag̣uhoo faʹiẓaa huwa zaahiq̣! Wa-lakumul waylu mimmaa taṣifoon.

    އަދި ކިއެއްހެއްޔެވެ؟ ތިމަންރަސްކަލާނގެ بَاطل ގެމައްޗަށް حقّ އެއްލަމެވެ. (އެބަހީ: ތިމަންރަސްކަލާނގެ حقّ ފޮތް ކީރިތި قرآن كافر ކަމާއި އެކަމުގެ أهل ވެރިންގެމައްޗަށް ބާވައިލައްވަމެވެ.) ދެންފަހެ އެ باطل ކަން މުޅިން އެކަށް ހަލާކުވެގެންދެއެވެ. (އެއީ ކަނޑިއެތިފަހަރަކުން ބޮލުގައިޖެހީމާ ބޯފަޅައިގެންގޮސް ސިކުނޑިޔާއެކު ކެފިގެންދާފަދަ ގޮތަށެވެ.) އެހައިރުން ދެން އެ باطل މުޅިން ފިލައިގެން ނެތިވެދެއެވެ. އަދިކަލޭމެން ﷲ އަށް ތިޔަ ސިފަކުރާ ކަންތައްތަކުން ކަލޭމެންނަށް ނަރަކައިގެ ގަދަ عذاب ހުއްޓެވެ. މިއާޔަތުން މިރައްދުކުރައްވަނީ ބުދުތަކަކީ ނުވަތަ މަލާއިކަތް ބޭކަލުންނަކީ ﷲ ގެ ދަރިންކަމުގައި ބުނާބައެއްގެމައްޗަށެވެ. تَعالَ ﷲُ عَنْ ذالِكَ علوًا كَبِيْرًا.

  19. 19

    وَلَهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَمَنْ عِندَهُۥ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِۦ وَلَا يَسْتَحْسِرُونَ

    Wa-lahoo mañ fis samaawaati wal-ʹarḍ: wa-man ʻiñdahoo laa- yastakbiroona ʻan ʻibaadatihee wa-laa yastaḥsiroon.

    އަދި އުޑުތަކާއި ބިމުގައިވާހާބަޔަކު مِلْكُ ވެ خاصّ ވެގެންވަނީ ހަމައެކަލާނގެއަށެވެ. އަދި އެކަލާނގެ حضرة ގައިވާ ބޭކަލުން - އެބަހީ: مَلَكُوتِيَّ عَالَمْ ގައިވާ ބޭކަލުން - يعني: ملائكة ބޭކަލުން އެކަލާނގެއަށް އަޅުކަންކުރެއްވުމުން ބޮޑާވެ كبر ވެރިވެވަޑައި ނުގަންނަވައެވެ. އަދި އެބޭކަލުން ވަރުބަލިފުޅުވެވަޑައި ނުގަންނަވައެވެ.

  20. 20

    يُسَبِّحُونَ ٱلَّيْلَ وَٱلنَّهَارَ لَا يَفْتُرُونَ

    Yusabbiḥoonal layla wannahaara laa- yafturoon.

    ރޭގަނޑާއި ދުވާލު އެބޭކަލުން (ﷲ އަށް) تَسْبِيْحَ ވިދާޅުވެ އެކަލާނގެ ހުސް طاهر ވަންތަ ކުރައްވައެވެ. އަދި އެބޭކަލުން އެކަމުގައި ބަލިކަށިވެ ފޫހިފުޅު ނުވެއެވެ.

  21. 21

    أَمِ ٱتَّخَذُوٓا۟ ءَالِهَةً مِّنَ ٱلْأَرْضِ هُمْ يُنشِرُونَ

    ʹAmit takhaẓooo ʹaalihatam minal ʹarḍi hum yuñshiroon?

    އަދި ކިއެއްހެއްޔެވެ؟ އެ مشرك ންގެމީހުން މީސްތަކުން މަރުވުމަށްފަހު އަލުން ދިރުވައިގެން محشر އަށް ފޮނުވާނޭ إله ންތަކެއް ބިމުން ހިފާ إختيار ކުރީހެއްޔެވެ؟ (އެހުރީއަކީ ވާނޭ ކަންތަކެއްނޫނެވެ.)

  22. 22

    لَوْ كَانَ فِيهِمَآ ءَالِهَةٌ إِلَّا ٱللَّهُ لَفَسَدَتَا ۚ فَسُبْحَـٰنَ ٱللَّهِ رَبِّ ٱلْعَرْشِ عَمَّا يَصِفُونَ

    Law kaana feehimaaa ʹaalihatun ʹillal laahu lafasadataa! Fa-Subḥaanal laahi Rabbil ʻArshi ʻammaa yaṣifoon!

    އުޑުތަކާއި ބިމުގައި ﷲ ފިޔަވައި އެހެން إله އެއްވާނަމަ ހަމަކަށަވަރުން އެދެތަން ފާސިދުވެއްޖައީހެވެ. (އެގޮތަކީ އެއް إله އަކު އުޑާއި ބިމުގައި ކަންތައް ހިންގަވަން އެދޭގޮތަށް އަނެއް إله އަކު ނޭދޭނެއެވެ. އެއް إله އަކު އިރުމަތިފަރާތުން އިރުއަރުވާއިރަށް އަނެއް إله އަކަށް އެގޮތް ކަމުނުގޮސްގެން ހުޅަނގު ފަރާތުން އިރުއަރުވައިފާނެއެވެ. ދެން އޭގެ نظام ން ނެއްޓި ފާސިދުވެދާނެއެވެ. މިވެސް މިސާލެކެވެ.) އަދި އެމީހުން يعني: އެ مشرك ން އެސިފަކުރާ ކަންތައްތައް ފިޔަވައި ﷲ ހުސް طاهر ވެގެންވެއެވެ. އެއީ عرشى ގެ ވެރި ربّ އެވެ.

  23. 23

    لَا يُسْـَٔلُ عَمَّا يَفْعَلُ وَهُمْ يُسْـَٔلُونَ

    Laa- yusʹalu ʻammaa yafʻalu wa-hum yusʹaloon.

    އެކަލާނގެ ހިންގަވާ އެއްވެސްކަމަކާމެދު އެކަލާނގެއާއި ސުވާލު ނުވެވޭނެއެވެ. (ސުވާލުކުރާނީ ކާކުހެއްޔެވެ؟ އެއީ خود مختار رَبّ العالمين އެވެ.) އެކަމަކު އެމީހުން އެބަހީ: އަޅުތަކުން - ކުރާކަންތަކާއިމެދު ސުވާލުވެވޭނެއެވެ. (ﷲ ސުވާލުކުރައްވާނެއެވެ.)

  24. 24

    أَمِ ٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةً ۖ قُلْ هَاتُوا۟ بُرْهَـٰنَكُمْ ۖ هَـٰذَا ذِكْرُ مَن مَّعِىَ وَذِكْرُ مَن قَبْلِى ۗ بَلْ أَكْثَرُهُمْ لَا يَعْلَمُونَ ٱلْحَقَّ ۖ فَهُم مُّعْرِضُونَ

    ʹAmit takhaẓoo miñ dooniheee ʹaalihah? Q̣ul haatoo burhaanakum: haaẓaa Ẓikru mam maʻiya wa-Ẓikru mañ q̣ablee Bal ʹaks̤aruhum laa- yaʻlamoonal Ḥaq̣q̣a fahum muʻriḍoon.

    ނުވަތަ އެކަލާނގެ ފިޔަވައި އެމީހުން އެބަހީ: مشرك ން - إله ންތަކެއް ހިފާ إختيار ކުރީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެން ނިކަން އެކަމުގެމައްޗަށް - އެބަހީ: ﷲ ފިޔަވައި إله އަކު إختيار ކުރުން ހުއްދަވާނެކަމުގެމައްޗަށް - حجّة އާއި دليل ގެނަސްބަލާށެވެ. މި ކީރިތި قرآن އަކީ ތިމަންކަލޭގެފާނާއިއެކުގައިވާ މީހުންގެ ذكر ތަކަކާއި (يعني: خبر ތަކާއި) އަދި ތިމަންކަލޭގެފާނުންގެ ކުރީގެ މީހުންގެ خبر ތަކެވެ. (އެއިން އެއްވެސް أمّة އަކަށް ﷲ ފިޔަވައި އެހެން إله އަކު إختيار ކުރުމަށް ﷲ އެންގެވިތޯ ނިކަން އަހައިބަލާށެވެ. އެކަހަލަ އެންގެވުމެއް ނޯންނާނެއެވެ.) އަދި ކިއެއްހެއްޔެވެ؟ އެމީހުންކުރެ ގިނަމީހުންނަށް حقّ އެއް ނޭނގެއެވެ. ފަހެ އެމީހުން އެތިބެނީ (حقّ قبول ކުރުމަށް) ފުރަގަސްދީގެނެވެ.

  25. 25

    وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِىٓ إِلَيْهِ أَنَّهُۥ لَآ إِلَـٰهَ إِلَّآ أَنَا۠ فَٱعْبُدُونِ

    Wa-maaa ʹarsalnaa miñ q̣ablika mir rasoolin ʹillaa nooḥeee ʹilayhi ʹannahoo Laaa ʹilaaha ʹillaaa ʹAna faʻbudoon.

    އަދި "ތިމަންރަސްކަލާނގެ ފިޔަވައި އަޅުކަންވެވުން حقّ إله އަކު ނުވެއޭ އެހެންވެ ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އެކަނި އަޅުކަންކުރާށޭ" މިހެން ނާންގަވާ އެއްވެސް رسول ބޭކަލެއް ކަލޭގެފާނުންގެ ކުރީގައިވެސް رسول ކަމާއިގެން ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ.

  26. 26

    وَقَالُوا۟ ٱتَّخَذَ ٱلرَّحْمَـٰنُ وَلَدًا ۗ سُبْحَـٰنَهُۥ ۚ بَلْ عِبَادٌ مُّكْرَمُونَ

    Wa-q̣aalut takhaẓar Raḥmaanu waladañ Subḥaanah! Bal ʻibaadum mukramoon.

    އަދި އެމީހުން ބުންޏެވެ. رحمن ވަންތަ ﷲ ދަރިކަލަކު ހިތްޕަވައިފިއެވެ. إختيار ކުރައްވައިފިއެވެ. (އެމީހުން ބުނީ އެއީ ملائكة ބޭކަލުން ކަމަށެވެ. އޭގެ جواب ގައި ﷲ އެ އަންގަވަނީ) އެކަލާނގެ ހުސް طاهر ވަންތައެވެ. އަދި ކިއެއްހެއްޔެވެ؟ އެބޭކަލުންނަކީ މާތްކުރެވިގެންވާ ﷲ ގެ އަޅުންތަކެކެވެ. (ﷲ ގެ ދަރިންނެއް ނޫނެވެ.)

  27. 27

    لَا يَسْبِقُونَهُۥ بِٱلْقَوْلِ وَهُم بِأَمْرِهِۦ يَعْمَلُونَ

    Laa- yasbiq̣oonahoo bil-q̣awli wa-hum̃ biʹamrihee yaʻmaloon.

    އެބޭކަލުން (އެބަހީ: ملائكة ބޭކަލުން) އެކަލާނގެއަށްވުރެ ކުރިން ބަސްފުޅު އިސްނުކުރައްވައެވެ. (އެބަހީ: ބަސްފުޅެއް وحي ކުރެއްވުމުގެ ކުރިން އިސްވެ ބަސްފުޅެއް ނުދަންނަވައެވެ.) އަދި އެބޭކަލުން ކަންތައްކުރައްވަނީ އެކަލާނގެ أمر ފުޅަށެވެ.

  28. 28

    يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يَشْفَعُونَ إِلَّا لِمَنِ ٱرْتَضَىٰ وَهُم مِّنْ خَشْيَتِهِۦ مُشْفِقُونَ

    Yaʻlamu maa- bayna ʹaydeehim wa-maa khalfahum wa-laa yashfaʻoona ʹillaa limanir taḍaa wa-hum min khashyatihee mushfiq̣oon.

    އެބޭކަލުންގެ ކުރިމަތީގައިވާ ކަންތަކާއި އެބޭކަލުންގެ ފަހަތުގައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ. (އެބަހީ: އެބޭކަލުން ކުރައްވާ ފަހަތަށް ދޫކުރެއްވި ކަންތަކާއި އަދި ކުރައްވާނެ ކަންތައްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.) އަދި އެކަލާނގެ ރުހިވޮޑިގެންވާ އަޅަކަށް މެނުވީ އެބޭކަލުން شَفَاعة ތެރިވެވަޑައި ނުގަންނަވާނެއެވެ. އަދި އެބޭކަލުން ތިއްބަވަނީ އެކަލާނގެއަށް ބިރުން މުޅިން ފެންކަޅިވެގެންނެވެ.

  29. 29

    ۞ وَمَن يَقُلْ مِنْهُمْ إِنِّىٓ إِلَـٰهٌ مِّن دُونِهِۦ فَذَٰلِكَ نَجْزِيهِ جَهَنَّمَ ۚ كَذَٰلِكَ نَجْزِى ٱلظَّـٰلِمِينَ

    Wa-mañy yaq̣ul minhum ʹinneee ʹilaahum miñ doonihee faẓaalika najzeehi Jahannam: Kaẓaalika najziz̤̣ z̤̣aalimeen.

    އަދި ތިމަންނާއީ ﷲ ފިޔަވައި إله އެކޭ ވިދާޅުވީ އޭގެތެރެއިން ކޮންބޭކަލެއްހެއްޔެވެ؟ (އެއްބޭކަލަކުވެސް އެހެން ވިދާޅުނުވެއެވެ.) އަދި އެއްވެސް ބޭކަލަކު އެހެން ވިދާޅުވިނަމަ އެބޭކަލަކަށް ނަރަކައިގެ އަލިފާނުގެ ޖަޒާ ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަނިޔާވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.

  30. 30

    أَوَلَمْ يَرَ ٱلَّذِينَ كَفَرُوٓا۟ أَنَّ ٱلسَّمَـٰوَٰتِ وَٱلْأَرْضَ كَانَتَا رَتْقًا فَفَتَقْنَـٰهُمَا ۖ وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ

    ʹAwalam yaral laẓeena kafarooo ʹannas samaawaati wal-ʹarḍa kaanataa ratq̣añ fafataq̣naahumaa? Wa-jaʻalnaa minal maaaʹi kulla shayʹin ḥayy. ʹAfalaa yuʹminoon?

    އަދި އުޑުތަކާއި ބިން ވަކިނުވެ އެކަތިގަނޑަކަށް އޮތްކަން އެކާފަރުންގެ މީހުންނަކަށް ނޭނގޭބާވައެވެ. ދެންފަހެ ތިމަންރަސްކަލާނގެ އެދެއެތި ވަކިކުރައްވާ ދުރުކުރެއްވީމެވެ. (އުޑުއުފުއްލަވާ ބިން ތިރިކުރެއްވީމެވެ.) އަދި ފުރާނަހުރި ކޮންމެއެއްޗެއް - ބިމުގައި ދިރިއުޅޭ ކޮންމެއެއްޗެއް - ފެނުން ތިމަންރަސްކަލާނގެ ހެއްދެވީމެވެ. އެމީހުން ފަހެ ތެދުކޮށް إيمان ނުވާނޭ ބާވައެވެ. (އެބަހީ: ތިމަންރަސްކަލާނގެ إلهيّ ވަންތަކަން ތެދުކޮށް އެކަމަށް إيمان ނުވާނޭ ބާވައެވެ.

  31. 31

    وَجَعَلْنَا فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجًا سُبُلًا لَّعَلَّهُمْ يَهْتَدُونَ

    Wa-jaʻalnaa fil ʹarḍi rawaasiya ʹañ tameeda bihim wa-jaʻalnaa feehaa fijaajañ subulal laʻallahum yahtadoon.

    އަދި ބިމުގައި ތިމަންރަސްކަލާނގެ ފަރުބަދަތައް ލެއްވީމެވެ. އެއީ މީސްތަކުންނާއިގެން އެބިންގަނޑު حركاة ކޮށް ތެޅިގަނެފާނެތީއެވެ. (ނުތެޅުމަށްޓަކައެވެ.) އަދި އެބިމުގައި ތިމަންރަސްކަލާނގެ علامة ތަކާއި މަގުތައްލެއްވީމެވެ. އެއީ މަގުހިނގާ އުޅުމުގައި ތެދުމަގު ލިބުމުގެ أمّيد ގައެވެ.

  32. 32

    وَجَعَلْنَا ٱلسَّمَآءَ سَقْفًا مَّحْفُوظًا ۖ وَهُمْ عَنْ ءَايَـٰتِهَا مُعْرِضُونَ

    Wa-jaʻalnas samaaaʹa saq̣fam maḥfooz̤̣aa: wa-hum ʻan ʹAayaatihaa muʻriḍoon!

    އަދި އުޑު އެއީ (ބިންގަނޑަށްވާ) ރައްކާތެރި ފުރާޅެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި އެމީހުން އެވަނީ އުޑުގެ އެކިއެކި علامة ތަކާއިމެދު (يعني: އިރުހަނދާއި ތަރިތަކާއި މިބާވަތުގެ ތަކެއްޗާއިމެދު غافلވެ ފުރަގަސްދީގެންނެވެ.

  33. 33

    وَهُوَ ٱلَّذِى خَلَقَ ٱلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّ فِى فَلَكٍ يَسْبَحُونَ

    Wa-Huwal laẓee khalaq̣al Layla wan-Nahaara washshamsa wal-q̣amar: kulluñ fee falakiñy yasbaḥoon.

    އަދި ރޭގަނޑާއި ދުވާލު ހެއްދެވީވެސް ހަމަ އެކަލާނގެއެވެ. އަދި އިރާއި ހަނދާއި މިހުރިހާ އެއްޗެއް ހެއްދެވީ ހަމަ އެކަލާނގެއެވެ. އެ ކޮންމެ އެއްޗެއް فَلَك އެއްގައި ފަތައެވެ. އެބަހީ: مَنْزِل އެއްގައި ދަތުރުކުރެއެވެ. (މިހުރީ ހައްތާވެސް ﷲ ގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމުގެ ދަލީލެވެ.)

  34. 34

    وَمَا جَعَلْنَا لِبَشَرٍ مِّن قَبْلِكَ ٱلْخُلْدَ ۖ أَفَإِي۟ن مِّتَّ فَهُمُ ٱلْخَـٰلِدُونَ

    Wa-maa jaʻalnaa libasharim miñ q̣ablikal khuld: ʹafa ʹimmitta fahumul khaalidoon?

    އަދި އެއްވެސް އާދަމުގެދަރިއަކަށް ކަލޭގެފާނުންގެ ކުރީގައިވެސް (މިދުނިޔޭގައި މަރުނުވެ) ދެމިހުރުމެއް ތިމަންރަސްކަލާނގެ ނުލައްވަމެވެ. އަޅެފަހެ ކަލޭގެފާނު އަވަހާރަވެއްޖެއްޔާ އެމީހުން ފަހެ މަރުނުވެ ތިބޭނޭހެއްޔެވެ؟ (އެމީހުންވެސް މަރުވާނެއެވެ.)

  35. 35

    كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ ۗ وَنَبْلُوكُم بِٱلشَّرِّ وَٱلْخَيْرِ فِتْنَةً ۖ وَإِلَيْنَا تُرْجَعُونَ

    Kullu nafsiñ ẓaaaʹiq̣atul mawt: wa-nablookum̃ bishsharri walkhayri fitnah. Wa-ʹilaynaa turjaʻoon.

    ކޮންމެ نفس އަކީވެސް މަރުގެރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި ހެޔޮކަންތަކުންނާއި އަދި ނުބައި ކަންތަކުން ތިމަންރަސްކަލާނގެ ކަލޭމެން إمتحان ކުރައްވާހުށީމެވެ. (އެބަހީ: ތަދުމަޑުކަން ޖައްސަވައިގެންނާއި އަދި ތިޔާގެކަން ޖައްސަވައިގެން إمتحان ކުރައްވާހުށީމެވެ.) އަދި ކަލޭމެން އެނބުރި رُجُوع ވާހުށީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ.

  36. 36

    وَإِذَا رَءَاكَ ٱلَّذِينَ كَفَرُوٓا۟ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَـٰذَا ٱلَّذِى يَذْكُرُ ءَالِهَتَكُمْ وَهُم بِذِكْرِ ٱلرَّحْمَـٰنِ هُمْ كَـٰفِرُونَ

    Wa-ʹiẓaa raʹaakal laẓeena kafarooo ʹiñy yattakhiẓoonaka ʹillaa huzuwaa. ʹAhaaẓal laẓee yaẓkuru ʹaalihatakum? Wa-hum̃ biẓikrir Raḥmaani hum kaafiroon!

    (އޭ رسول ﷲ އެވެ!) އެކާފަރުންގެ މީހުންނަށް ކަލޭގެފާނު ފެނިއްޖެއްޔާ އެމީހުން ކަލޭގެފާނަށް މަލާމާތް ނޫނީ ނުކުރެއެވެ. (އަދި އެމީހުން ބުނެއެވެ.) އަހުރެމެންގެ إله ންތަކަށް ހުތުރު އެއްޗެތި ކިޔާ މީހާއަކީ މިއީހެއްޔެވެ؟ އަދި އެމީހުން އެވަނީ رحمن ވަންތަ ﷲ ގެ ނަންފުޅު ގަނެވިއްޖެއްޔާ ކާފަރުވެގެންވާ حال ގައެވެ. އެކަލާނގެއަށް ކާފަރުވެގެންނެވެ.

  37. 37

    خُلِقَ ٱلْإِنسَـٰنُ مِنْ عَجَلٍ ۚ سَأُو۟رِيكُمْ ءَايَـٰتِى فَلَا تَسْتَعْجِلُونِ

    Khuliq̣al ʹiñsaanu min ʻajal: saʹureekum ʹAayaatee falaa tastaʻjiloon!

    އިންސާނާ ހެއްދެވިގެންވަނީ އަވަސްކަމުގެތެރެއިންނެވެ. (قُرِيْش ންވެސް އެމީހުންނަށް عذاب އަވަސްވުމަށް އެދުނީ ހަމަ އެބާބުގެތެރެއިންނެވެ.) ނިކަންހުރެ ތިމަންރަސްކަލާނގެ (عذاب އާއި ކޯފާ) ގެއާޔަތްތައް ކަލޭމެނަށް ދައްކަވާހުށީމެވެ. ފަހެ ކަލޭމެން އެކަން އަވަސްވުމަށް ނޭދޭ ހުށިކަމެވެ.

  38. 38

    وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ

    Wa-yaq̣ooloona mataa haaẓal waʻdu ʹiñ kuñtum ṣaadiq̣een?

    އަދި އެމީހުން ބުނެއެވެ. ކަލޭމެން ތިޔަބުނާ ކަމެއް ތިޔަކުރާ وعد އެއްވާނީ ކޮންއިރަކުންހެއްޔެވެ. ކަލޭމެން (مؤمن ން) ތިޔަބުނަނީ ތެދެއްކަމުގައިވަންޏާ ނިކަން ބުނެބަލާށެވެ.

  39. 39

    لَوْ يَعْلَمُ ٱلَّذِينَ كَفَرُوا۟ حِينَ لَا يَكُفُّونَ عَن وُجُوهِهِمُ ٱلنَّارَ وَلَا عَن ظُهُورِهِمْ وَلَا هُمْ يُنصَرُونَ

    Law yaʻlamul laẓeena kafaroo ḥeena laa- yakuffoona ʻañw wujoohihimun Naara wa-laa ʻañ z̤̣uhoorihim wa-laa hum yuñṣaroon!

    ކާފަރުންގެމީހުންނަށް އެމީހުންގެ މޫނުންނާއި އެމީހުންގެ ބުރަކަށިތަކުން ނަރަކައިގެ އަލިފާން ވަކިނުވެ ހިފާފައިވާތަން އެމީހުންނަށް ފެންނާނެނަމަ އެކަން އެނގޭނެނަމަ (އެމީހުން توبة ވެ إيمان ވުމަށް އަވަސްވީހެވެ.) (ނަމަވެސް ދެން އެދުވަހުން) އެމީހުންނަކީ نصر ލިބޭނެ ބަޔަކުކަމުގައި ނުވެއެވެ. އެއަލިފާން އެދުވަހުން އެމީހުންގައި ހިފާނެއެވެ.

  40. 40

    بَلْ تَأْتِيهِم بَغْتَةً فَتَبْهَتُهُمْ فَلَا يَسْتَطِيعُونَ رَدَّهَا وَلَا هُمْ يُنظَرُونَ

    Bal taʹteehim̃ bag̣tatañ fatabhatuhum falaa yastaṭeeʻoona raddahaa wa-laa hum yuñz̤̣aroon.

    އަދި ކިއެއްހެއްޔެވެ؟ އެމީހުންގެ ގާތަށް އެކަން އަންނާނީ (އެބަހީ: އެނަރަކައިގެ އަލިފާން / ނުވަތަ قيامة ވުން އަންނާނީ) ހަމަ ކުއްލިއަކަށެވެ. އެހައިރުން އެމީހުން އެއަލިފާނުން ނިވައިކޮށްލާހުއްޓެވެ. ނުވަތަ حيران ކޮށްލާހުއްޓެވެ. ފަހެ އެމީހުންނަށް އެއަލިފާން ދުރުކޮށް ރައްދުކޮށްލާކަށް ކުޅަދާނަވެގެން ނުވާނެއެވެ. އަދި އެމީހުންނަށް މުހުލަތު ނުދެވޭހުއްޓެވެ. ތަންވަޅު ނުލިބޭހުއްޓެވެ.

  41. 41

    وَلَقَدِ ٱسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَحَاقَ بِٱلَّذِينَ سَخِرُوا۟ مِنْهُم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ

    Wa-laq̣adis tuhziʹa birusulim miñ q̣ablika faḥaaq̣a billaẓeena sakhiroo minhum maa kaanoo bihee yastahziʹoon.

    (އޭ رسول ﷲ އެވެ!) އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ ކުރީގައި ފޮނުވުނު رَسُول ބޭކަލުންނާއި މެދުވެސް މަލާމާތްކުރެވި ފުރައްސާރަ ކުރެވުނެވެ. ދެންފަހެ އެމީހުންކުރެ އެބަހީ: އެ مشرك ންކުރެ އެ رسول ބޭކަލުންނަށް މަލާމާތްކޮށް ފުރައްސާރަކުރި މީހުންނަށް އެމީހުން އެމަލާމާތްކޮށް ފުރައްސާރަކުރި ކަންތައް ވަށައިލައިފިއެވެ. އެބަހީ: އެ عذاب އެމީހުން ވަށައިލައިފިއެވެ. ދުނިޔެމަތީގައިވެސް އެމީހުން އީމާން ނުވުމުގެ ސަބަބުން އެ أمّة ތަކުގެ ކާފަރުން ހަލާކުވެދިޔައީއެވެ. (މި أمّة ގެމީހުން އެކަންކަމުން عبرة حاصل ކުރާހުށިކަމެވެ.)

  42. 42

    قُلْ مَن يَكْلَؤُكُم بِٱلَّيْلِ وَٱلنَّهَارِ مِنَ ٱلرَّحْمَـٰنِ ۗ بَلْ هُمْ عَن ذِكْرِ رَبِّهِم مُّعْرِضُونَ

    Q̣ul mañy yaklaʹukum̃ billayli wannahaari minar Raḥmaan? Bal hum ʻañ ẓikri Rabbihim muʻriḍoon.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. رحمن ވަންތަ ﷲ ގެ حضرة ން (عذاب އެއް އަތުވެއްޖެއްޔާ) ރޭގަނޑާއި ދުވާލުގެ ވަގުތުތަކުގައި (އަދި ހުރިހާ ވަގުތެއްގައިވެސް) ކަލޭމެން ރައްކާތެރިކޮށް ބަލަހައްޓާނީ ކާކުހެއްޔެވެ؟ އަދި ކިއެއްހެއްޔެވެ؟ އެމީހުން އެވަނީ رحمن ވަންތަ ﷲ ގެوعظ އާއި نصيحة ން މޫނު އަނބުރާލައި ފުރަގަސްދީގެންނެވެ.

  43. 43

    أَمْ لَهُمْ ءَالِهَةٌ تَمْنَعُهُم مِّن دُونِنَا ۚ لَا يَسْتَطِيعُونَ نَصْرَ أَنفُسِهِمْ وَلَا هُم مِّنَّا يُصْحَبُونَ

    ʹAm lahum ʹaalihatuñ tamnaʻuhum miñ dooninaa? Laa- yastaṭeeʻoona naṣra ʹañfusihim wa-laa hum minnaa yuṣ-ḥaboon.

    ތިމަންރަސްކަލާނގެ ފިޔަވައި ތިމަންރަސްކަލާނގެ عذاب ން އެމީހުން މަނާކޮށް ސަލާމަތްކުރާނޭ إله ންތަކެއް އެމީހުންނަށް (އެ مشرك ންނަށް) ފަހެ ވަނީހެއްޔެވެ؟ (ނުވެއެވެ.) އަދި ކިއެއްހެއްޔެވެ؟ އެތަކެތީގެ އަމިއްލަ نفس ތަކަށް نصر އެއް ދިނުމަށް ވިޔަސް އެތަކެއްޗަށް ކުޅަދާނަ ނުވެއެވެ. އަދި ތިމަންރަސްކަލާނގެ ރަސްކަންފުޅުގެ ފަރާތުން نصر އެއް ލިބި ރައްކާތެރިކަމެއް ލިބޭނޭ ތަކެތިކަމުގައި އެތަކެތި ނުވެއެވެ.

  44. 44

    بَلْ مَتَّعْنَا هَـٰٓؤُلَآءِ وَءَابَآءَهُمْ حَتَّىٰ طَالَ عَلَيْهِمُ ٱلْعُمُرُ ۗ أَفَلَا يَرَوْنَ أَنَّا نَأْتِى ٱلْأَرْضَ نَنقُصُهَا مِنْ أَطْرَافِهَآ ۚ أَفَهُمُ ٱلْغَـٰلِبُونَ

    Bal mattaʻnaa haaaʹulaaaʹi wa-ʹaabaaaʹahum ḥattaa ṭaala ʻalayhimul ʻumur; ʹafalaa yarawna ʹannaa naʹtil ʹarḍa nañq̣uṣuhaa min ʹaṭraafihaa? ʹAfahumul g̣aaliboon?

    އަދި ކިޔެއްހެއްޔެވެ؟ މި مكّة ގެ أهلم ވެރިންނަށާއި އަދި އެމީހުންގެ އިސްވެދިޔަ ކާބަފައިންނަށް ތިމަންރަސްކަލާނގެ ތަންވަޅުދެއްވާ އަދި ދުނިޔޭގައި އުޅެވޭނެގޮތުގެ نعمة ދެއްވާހެއްދެވީމެވެ. އެއީ އެމީހުންގެ عمر ދިގުވެ مُدّة ދިގުވެއްޖައުމަށްދާންދެންނެވެ. ބިންގަނޑުގެ އެކިއެކި ފަރާތްފަރާތުން ތިމަންރަސްކަލާނގެ މަދުކުރައްވާ އުނިކުރައްވާކަން އެމީހުންނަށް ފަހެ ނޭނގޭބާވައެވެ؟ އެމީހުން ފަހެ (ތިމަންރަސްކަލާނގެއަށްވުރެ ނުވަތަ محمّد ﷺ އަށްވުރެ) ވަކިން ގަދަވާނޭ ބަޔަކުކަމުގައި ވާނޭހެއްޔެވެ؟ (ނުވާނެއެވެ.)

  45. 45

    قُلْ إِنَّمَآ أُنذِرُكُم بِٱلْوَحْىِ ۚ وَلَا يَسْمَعُ ٱلصُّمُّ ٱلدُّعَآءَ إِذَا مَا يُنذَرُونَ

    Q̣ul ʹinnamaaa ʹuñẓirukum̃ bilwaḥyi wa-laa yasmaʻuṣ ṣummud duʻaaaʹa ʹiẓaa maa- yuñẓaroon.

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެނަށް މި إنذار ކުރައްވަނީ وحي އިންނެވެ. މި قرآن ންނެވެ. އަދި މިގޮވާލުމުގެ އަޑު ބީރުމީހުން ނުއަހައެވެ. އެމީހުންނަކަށް ނީވޭނެއެވެ. (އެބަހީ: ކާފަރުކަމުން ހިތުގެއިވުން ބީރުވެފައިވާ ބަޔަކަށް نصيحة އާއި وعظ ދިނަސް) އެމީހުންނަށް އިންޒާރުކުރެވުނަސް އޭގެ މަންފާ ނުކުރާނެއެވެ. އޭގެ އަޑުނުއަހާނެއެވެ.

  46. 46

    وَلَئِن مَّسَّتْهُمْ نَفْحَةٌ مِّنْ عَذَابِ رَبِّكَ لَيَقُولُنَّ يَـٰوَيْلَنَآ إِنَّا كُنَّا ظَـٰلِمِينَ

    Wa-laʹim massathum nafḥatum min ʻAẓaabi Rabbika layaq̣oolunna yaawaylanaaa ʹinnaa kunnaa z̤̣aalimeen!

    (އޭ ر سول ﷲ އެވެ!) ކަލޭގެފާނުންގެ رَبُّ ގެ عذاب ގެ މިންވަރެއް އެމީހުންނަށް ދިމާވެއްޖެއްޔާ ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އޭ އަހުރެމެންގެމައްޗަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން އަހުރެމެން މިވަނީ އަނިޔާވެރިންކަމުގައެވެ.

  47. 47

    وَنَضَعُ ٱلْمَوَٰزِينَ ٱلْقِسْطَ لِيَوْمِ ٱلْقِيَـٰمَةِ فَلَا تُظْلَمُ نَفْسٌ شَيْـًٔا ۖ وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا ۗ وَكَفَىٰ بِنَا حَـٰسِبِينَ

    Wa-naḍaʻul mawaazeenal q̣isṭa li-Yawmil Q̣iyaamati falaa tuz̤̣lamu nafsuñ shayʹaa. Wa-ʹiñ kaana mis̤q̣aala ḥabbatim min khardalin ʹataynaa bihaa: wa-kafaa binaa ḥaasibeen.

    އަދި قيامة ދުވަހުން ތިމަންރަސްކަލާނގެ عدل ވެރިކަމުގެ مِيْزَان ބަހައްޓަވާ ހުށީމެވެ. ފަހެ އެއްވެސް نفس އަކަށް އެއްވެސް މިންވަރެއްގެ އަނިޔާއެއް ނުލިބޭނެއެވެ. (އަދި ކޮށްފައިވާ عمل އަކީ) ރެވިއޮއްޓަރެއްގެ ބަރުދަނުގެ މިންވަރެއްކަމުގައިވިޔަސް (ހެވަސް ނުބަޔަސް) ތިމަންރަސްކަލާނގެ އެއެއްޗެއް ގެންނަވާ ހިސާބުކުރައްވާހުށީމެވެ. އަދި ހިސާބުކުރައްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ފުދިވޮޑިގެންވެއެވެ.

  48. 48

    وَلَقَدْ ءَاتَيْنَا مُوسَىٰ وَهَـٰرُونَ ٱلْفُرْقَانَ وَضِيَآءً وَذِكْرًا لِّلْمُتَّقِينَ

    Wa-laq̣ad ʹaataynaa Moosaa wa-Haaroonal Furq̣aana wa-Ḍiyaaaʹañw wa-Ẓikral lil-Muttaq̣een,

    އަދި ހަމަކަށަވަރުން موسى އާއި هَارُون އާއި (عليهما السّلام) ދެކަލުންނަށް حَقُّ ވަކިކުރާނެ حجّة އާއި دليل ތިމަންރަސްކަލާނގެ ދެއްވީމެވެ. (އެއީ عَداوة ތެރިންގެމައްޗަށް ގަދަވެގަތުމުގެ حقّ ދަލީލެވެ.) އަދި ދީނުގެ حكم ތަކަށް އަލިކޮށްދޭ ފޮތް توراة އާއި އަދި تقوى ވެރިންނަށް وعظ އާއި نصيحة ވެސް ތިމަންރަސްކަލާނގެ އެދެކަލުންނަށް ދެއްވީމެވެ.

  49. 49

    ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ وَهُم مِّنَ ٱلسَّاعَةِ مُشْفِقُونَ

    ʹAllaẓeena yakhshawna Rabbahum̃ bilg̣aybi wa-hum minas Saaʻati mushfiq̣oon.

    އެމީހުންނަކީ - އެބަހީ: އެ تقوى ވެރިންނަކީ - غَيْبُ ގައިވާ އެބައިމީހުންގެ رَبّ އަށް ބިރުވެތިވާ މީހުންނެވެ. އަދި ކަނޑައެޅިގެން އެބައިމީހުންނަކީ آخرة ދުވަހަށް ބިރުވެތިވެ ފެންކަޅިވެގެންވާ މީހުންނެވެ.

  50. 50

    وَهَـٰذَا ذِكْرٌ مُّبَارَكٌ أَنزَلْنَـٰهُ ۚ أَفَأَنتُمْ لَهُۥ مُنكِرُونَ

    Wa-haaẓaa Ẓikrum Mubaarakun ʹañzalnaah: ʹa-faʹañtum lahoo muñkiroon.

    އަދި މި قرآن އަކީ بَرَكاَة ތެރިވެގެންވާ ذِكْرُ އެކެވެ. وعظ އާއި نصيحة އެކެވެ. ހަނދާންކޮށްދިނުމެކެވެ. އެފޮތް (محمّد ﷺ ގެ މައްޗަށް) ބާވައިލެއްވީ ތިމަންރަސްކަލާނގެއެވެ. އަޅެފަހެ ކަލޭމެން ތިޔަވަނީ އެފޮތަށް ނުރުހިގެންހެއްޔެވެ؟ إنكار ކޮށްކޮށް ހެއްޔެވެ؟

  51. 51

    ۞ وَلَقَدْ ءَاتَيْنَآ إِبْرَٰهِيمَ رُشْدَهُۥ مِن قَبْلُ وَكُنَّا بِهِۦ عَـٰلِمِينَ

    Wa-laq̣ad ʹaataynaaa ʹIbraaheema rushdahoo miñ q̣ablu wa-kunnaa bihee ʻaalimeen.

    އަދި ހަމަކަށަވަރުން إبراهيم عليه السّلام އަށް نبي ކަމުގެކުރިން ތިމަންރަސްކަލާނގެ އެކަލޭގެފާނުންގެ ދެނެގަތުން (ތެދުމަގުގެ توفيق) ދެއްވީމެވެ. އަދި އެކަލޭގެފާނަކީ إبمان ކަމާއި توحيد ގެ أهل ވެރިއެއްކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވީމުއެވެ.

  52. 52

    إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَا هَـٰذِهِ ٱلتَّمَاثِيلُ ٱلَّتِىٓ أَنتُمْ لَهَا عَـٰكِفُونَ

    ʹIẓ q̣aala liʹabeehi waq̣awmihee maa- haaẓihit tamaas̤eelul lateee ʹañtum lahaa ʻaakifoon.

    އެއީ އެކަލޭގެފާނު ބައްޕައަށާއި އަދި އެކަލޭގެފާނުންގެ قوم ގެމީހުންނަށް ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ قوم ގެމީހުންނޭވެ. ކަލޭމެން އެތަކެއްޗަށް އަޅުކަންކުރުން މަތީ قائم ވެ ތިޔަތިބޭ މިސޫރަތަކަކީ - މިބުދުތަކަކީ ކޮންއެއްޗެތިތަކެއްހެއްޔެވެ؟ ކީއްކުރާ އެއްޗެތިތަކެއް ހެއްޔެވެ؟

  53. 53

    قَالُوا۟ وَجَدْنَآ ءَابَآءَنَا لَهَا عَـٰبِدِينَ

    Q̣aaloo wajadnaaa ʹaabaaaʹanaa lahaa ʻaabideen.

    އެމީހުން ދެންނެވިއެވެ. އަހުރެމެން ދުށީއަހުރެމެންގެ ކާބަފައިން ހަމަ އެއަށް - އެތަކެއްޗަށް އަޅުކަންކުރާތީއެވެ. (އެހެންވެ އަހުރެމެންވެސް އަޅުކަންކުރަނީއެވެ.)

  54. 54

    قَالَ لَقَدْ كُنتُمْ أَنتُمْ وَءَابَآؤُكُمْ فِى ضَلَـٰلٍ مُّبِينٍ

    Q̣aala laq̣ad kuñtum ʹañtum wa-ʹaabaaaʹukum fee ḍalaalim mubeen.

    އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ކަލޭމެންނާއި ކަލޭމެންގެ ކާބަފައިންވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގައެވެ.

  55. 55

    قَالُوٓا۟ أَجِئْتَنَا بِٱلْحَقِّ أَمْ أَنتَ مِنَ ٱللَّـٰعِبِينَ

    Q̣aalooo ʹajiʹtanaa bil-Ḥaq̣q̣i ʹam ʹañta minal laaʻibeen.

    އެބައިމީހުން ދެންނެވިއެވެ. އަހުރެމެންގެ ގާތަށް ކަލޭގެފާނު ތިޔަވަޑައިގެންނެވީ حقّ އާއިގެންތޯއެވެ. ނުވަތަ ހަމަކުޅޭކުޅޭ މީހެއްގެގޮތުގައި (ސަމާސާކުރައްވަނީތޯއެވެ.)

  56. 56

    قَالَ بَل رَّبُّكُمْ رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ٱلَّذِى فَطَرَهُنَّ وَأَنَا۠ عَلَىٰ ذَٰلِكُم مِّنَ ٱلشَّـٰهِدِينَ

    Q̣aala bar Rabbukum Rabbus samaawaati wal-ʹarḍil laẓee faṭarahunn: Wa-ʹana ʻalaa ẓaalikum minash shaahideen.

    އެކަލޭގެފާނު يعني: إبراهيم ގެފާނު ވިދާޅުވިއެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންގެ ربّ އަކީ އުޑުތަކާއި ބިން ނެތުމުގެ ތެރެއިން ހެއްދެވި އަދި އެތަކެތި ބަލަހައްޓަވާ ކަލާނގެއެވެ. އަދި އަހުރެން މިވަނީ އެގޮތުގެ މައްޗަށް ކަލޭމެނަށް ހެކިދޭމީހުންގެ ތެރެއިންނެވެ.

  57. 57

    وَتَٱللَّهِ لَأَكِيدَنَّ أَصْنَـٰمَكُم بَعْدَ أَن تُوَلُّوا۟ مُدْبِرِينَ

    Wa-tallaahi laʹakeedanna ʹaṣnaamakum baʻda ʹañ tuwalloo mudbireen.

    ﷲ ގަންދީ ބުނަމެވެ. ކަލޭމެން އެނބުރިދިއުމަށްފަހު (عيد ގެ حفلة އަށް ދިއުމަށްފަހު) އަހުރެން ކަލޭމެންގެ ބުދުތައް ހަލާކުކޮށް ކުދިކުދިކުރާނަމެވެ. ނޯޓް: މިބަސްފުޅު އެކަލޭގެފާނު ވިދާޅުވިކަމަށްވަނީ ގިނަމީހުންނަށް ނީވޭ ވަރަށެވެ. އިވުނުކަމަށްވަނީ އެންމެ މީހަކަށެވެ.

  58. 58

    فَجَعَلَهُمْ جُذَٰذًا إِلَّا كَبِيرًا لَّهُمْ لَعَلَّهُمْ إِلَيْهِ يَرْجِعُونَ

    Fajaʻalahum jaẓaaẓan ʹillaa kabeeral lahum laʻallahum ʹilayhi yarjiʻoon.

    ދެންފަހެ (އެމީހުން عيد ގެ ކަންތަކަށް ނުކުމެގެންދިއުމުން) އެކަލޭގެފާނުން އެމީހުންގެ ބުދުތައް އެންމެބޮޑު ބުދުމެނުވީ ތަޅާ ކުދިކުދިކޮށްލައިފިއެވެ. (އަދިތަޅުއްވަން ގެންގުޅުއްވި ހަތިޔާރު އެބޮޑު ބުދުގެ ކަރުގައި އެލުވިކަމަށްވިއެވެ.) އެހެން އެހެއްދެވީ އެމީހުންނަށް ވިސްނިގެން އެކަލޭގެފާނުންގެމަގަށް رُجوعَ ވޭތޯއެވެ. (ނުވަތަ އެބޮޑު ބުދުކުރެން އަހައި އެސޮރަށް رجوع ވޭތޯއެވެ.)

  59. 59

    قَالُوا۟ مَن فَعَلَ هَـٰذَا بِـَٔالِهَتِنَآ إِنَّهُۥ لَمِنَ ٱلظَّـٰلِمِينَ

    Q̣aaloo mañ faʻala haaẓaa biʹaalihatinaaa ʹinnahoo laminaz̤̣ z̤̣aalimeen!

    (އެމީހުންގެ عيد ނިންމާފައި ބުދުތަކުގެ ގާތަށް އައިއިރު އެތަކެއްޗަށްވެފައި ހުރި ގޮތް ދެކެފައި އެކަމާ عجائب ވެގެންނެވެ.) އެމީހުން ބުންޏެވެ. އަހުރެމެންގެ إله ންތަކަށް މިހެން ހެދީ ކާކުބާވައެވެ؟ ހަމަކަށަވަރުން އެމީހަކު އެއީ ކަނޑައެޅިގެން އަނިޔާވެރިންގެތެރެއިންވާ މީހެކެވެ.

  60. 60

    قَالُوا۟ سَمِعْنَا فَتًى يَذْكُرُهُمْ يُقَالُ لَهُۥٓ إِبْرَٰهِيمُ

    Q̣aaloo samiʻnaa fatañy yaẓkuruhum yuq̣aalu lahooo ʹIbraaheem.

    އެމީހުން ބުންޏެވެ. އެތަކެއްޗަށް ހުތުރުބަސްބުނެ عَيْبُ ކިޔާ ޒުވާނަކުގެ ވާހަކަ އަހުރެމެން އެހީމެވެ. އޭނާއަށް ކިޔެނީ إبراهيم އެވެ. (މިހެން މިބުނިކަމުގައިވަނީ إبراهيم ގެފާނު އަހުރެން ކަލޭމެންގެ ބުދުތައް ހަލާކުކުރާނަމޭ ވިދާޅުވިހިނދު އެއަޑުފުޅު އެހިމީހާކަމުގައި ބުނެވުނެވެ.) والله أعلم.

  61. 61

    قَالُوا۟ فَأْتُوا۟ بِهِۦ عَلَىٰٓ أَعْيُنِ ٱلنَّاسِ لَعَلَّهُمْ يَشْهَدُونَ

    Q̣aaloo faʹtoo bihee ʻalaaa ʹaʻyunin naasi laʻallahum yashhadoon.

    އެމީހުން އެމީހުނަށް ބުންޏެވެ. މީސްތަކުންގެ ލޯތަކަށް ފެންނަފަށަށް އޭނާ ކަލޭމެން ގެންނާށެވެ. އެއީ މީސްތަކުން حاضر ވޭތޯއެވެ؟ ނުވަތަ އެމީހުން ހެކިދިނުމަށްޓަކައެވެ.

  62. 62

    قَالُوٓا۟ ءَأَنتَ فَعَلْتَ هَـٰذَا بِـَٔالِهَتِنَا يَـٰٓإِبْرَٰهِيمُ

    Q̣aalooo ʹaʹañta faʻalta haaẓaa biʹaalihatinaa yaaaʹIbraaheem?

    (ދެންފަހެ އެމީހުން إبراهيم ގެފާނު ހޯދައިގެން ގެނެސް އެމީހުން އެކަލޭގެފާނުންކުރެން އަހައިފިއެވެ.) އޭ إبراهيم އެވެ. އަހުރެމެންގެ إله ންތަކަށް މިހެން ހެދީ ހަމަކަލޭހެއްޔެވެ؟

  63. 63

    قَالَ بَلْ فَعَلَهُۥ كَبِيرُهُمْ هَـٰذَا فَسْـَٔلُوهُمْ إِن كَانُوا۟ يَنطِقُونَ

    Q̣aala bal faʻalahoo kabeeruhum haaẓaa fasʹaloohum ʹiñ kaanoo yañṭiq̣oon!

    އެކަލޭގެފާނު ވިދާޅުވިއެވެ. އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެކަންކުރީ އޭގެތެރެއިން މީނދަ ބޮޑުބުދެވެ. އެތަކެތި އެއީ ބަސްބުނެއުޅޭ ތަކެތިކަމުގައިވަންޏާ ކަލޭމެން ނިކަން އޭތިކުރެން އަހައި ސުވާލުކޮށްބަލާށެވެ!

  64. 64

    فَرَجَعُوٓا۟ إِلَىٰٓ أَنفُسِهِمْ فَقَالُوٓا۟ إِنَّكُمْ أَنتُمُ ٱلظَّـٰلِمُونَ

    Farajaʻooo ʹilaaa ʹañfusihim faq̣aalooo ʹinnakum ʹañtumuz̤̣ z̤̣aalimoon.

    ދެންފަހެ އެމީހުން އެމީހުންގެ ބުއްދިތަކަށް رُجُوع ވެ އެކަކު އަނެކަކަށް ބަލަބަލާފައި ވިސްނަންފަށައިފިއެވެ. އަދި ބުނެފިއެވެ. ހަމަކަށަވަރުން ކަލޭމެންނީ ހަމަ ކަނޑައެޅިގެން އަނިޔާވެރިންނެވެ. އެހެން އެވީ އެއްވެސްކަހަލަ އާރެއްބާރެއްނެތް ތަކެއްޗަށް އަޅުކަންކުރުމުގެ ސަބަބުންނެވެ. / ނުވަތަ إبراهيم ގެފާނަށް ތުހުމަތުކުރުމުގެ ސަބަބުންނެވެ.)

  65. 65

    ثُمَّ نُكِسُوا۟ عَلَىٰ رُءُوسِهِمْ لَقَدْ عَلِمْتَ مَا هَـٰٓؤُلَآءِ يَنطِقُونَ

    S̤umma nukisoo ʻalaa ruʹoosihim: laq̣ad ʻalimta maa- haaaʹulaaaʹi yañṭiq̣oon!

    ދެން އެމީހުން އަލުންވެސް އެމީހުންގެ ޖާހިލުކަމަށް رُجُوع ވެއްޖެއެވެ. (އެމީހުން إبراهيم ގެފާނަށް ބުނެފިއެވެ.) މިތަކެއްޗަކީ މިއީ ބަސްބުނެ ވާހަކަދައްކާ ތަކެތި ނޫންކަން ކަލެއަށް ރަނގަޅަށް އެނގޭނެއެވެ.

  66. 66

    قَالَ أَفَتَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُكُمْ شَيْـًٔا وَلَا يَضُرُّكُمْ

    Q̣aala ʹafataʻbudoona miñ doonil laahi maa laa- yañfaʻukum shayʹañw walaa yaḍurrukum?

    إبراهيم ގެފާނުން ވިދާޅުވިއެވެ. ކަލޭމެނަށް އެއްވެސް مَنفع އެއް ނުދޭ އަދި ގެއްލުމެއްވެސް ނުދޭ އެއްޗެހިތަކަކަށް ﷲ ފިޔަވައި ކަލޭމެން އަޅުކަންކުރަނީހެއްޔެވެ؟

  67. 67

    أُفٍّ لَّكُمْ وَلِمَا تَعْبُدُونَ مِن دُونِ ٱللَّهِ ۖ أَفَلَا تَعْقِلُونَ

    ʹUffil lakum wa-limaa taʻbudoona miñ doonil laah! ʹAfalaa taʻq̣iloon?

    ކަލޭމެންނާއި ކަލޭމެން ﷲ ފިޔަވައި އެތަކެއްޗަށް ތިޔަ އަޅުކަންކުރާ ތަކެތީގެ ދެރަކަމާއި ހުތުރުކަމާއެވެ! ކަލޭމެން ފަހެ އެއްޗެއް ނުވިސްނަމުހެއްޔެވެ؟ (ކަލޭމެންނަކީ ތަންދޮރު ނޭނގޭ ބީތާތަކެއްހެއްޔެވެ؟)

  68. 68

    قَالُوا۟ حَرِّقُوهُ وَٱنصُرُوٓا۟ ءَالِهَتَكُمْ إِن كُنتُمْ فَـٰعِلِينَ

    Q̣aaloo ḥarriq̣oohu wañṣurooo ʹaalihatakum ʹiñ kuñtum faaʻileen!

    (ދެންފަހެ إبراهيم ގެފާނުންގެ حجّة ގަދަވެ އެމީހުންގެ އަނގަ ބެދުނީމާ ދެން އެމީހުން އެއްބަޔަކު އަނެއްބަޔަކަށް ބުނީ) ކަލޭމެން އޭނާ އަންދައިލާށެވެ! އަދި ކަލޭމެންގެ إله ންތަކަށް نصر ދޭށެވެ! ކަލޭމެން ކަމެއްކުރަންޏާ އެހެން ހަދާށެވެ! (މިއީ عامّ ކޮށް ގިނަމީހުންގެ قواعد އެވެ. ތިމާގެ دليل އެއް ނެތުނީމާ ދެންފަށާނީ އަނިޔާކުރާށެވެ.)

  69. 69

    قُلْنَا يَـٰنَارُ كُونِى بَرْدًا وَسَلَـٰمًا عَلَىٰٓ إِبْرَٰهِيمَ

    Q̣ulnaa yaa-Naaru koonee bardañw wasalaaman ʻalaaa ʹIbraaheem!

    (ދެން އެމީހުން ބޮޑު އަލިފާންގަނޑެއްޖަހައި އެކަލޭގެފާނު އެއަށް އެއްލައިލިވަގުތު އެއަލިފާންގަނޑަށް ﷲ އެންގެވީ إبراهيم ގެފާނުންގެމައްޗަށް ފިނި އަދި ސަލާމަތްކަންދޭ އެއްޗަކަށް ވުމަށެވެ. އެކަލާނގެ އެ އަންގަވަނީ) ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. އޭ އަލިފާނާއެވެ. إبراهيم ގެފާނުންގެ މައްޗަށް ފިނި އަދި ސަލާމަތްކަން ދޭ އެއްޗަކަށް ކަލޭވާށެވެ. (އެކަން އެގޮތަށްވެ ހަމަޖެހުނީއެވެ.)

  70. 70

    وَأَرَادُوا۟ بِهِۦ كَيْدًا فَجَعَلْنَـٰهُمُ ٱلْأَخْسَرِينَ

    Wa-ʹaraadoo bihee kaydañ fajaʻalnaahumul ʹakhsareen!

    އެކާފަރުންގެ މީހުން އެކަލޭގެފާނަށް ނުބައިގޮތަށް ހެދުމަށް ހީކުރީއެވެ. ތިމަންރަސްކަލާނގެ އެމީހުންނާއި އެމީހުންގެ ކަންތައްލެއްވީ އެންމެދަށް އަދި އެންމެ ގެއްލުން ބޮޑުވެގެންވާ އެއްޗެއްކަމުގައެވެ.

  71. 71

    وَنَجَّيْنَـٰهُ وَلُوطًا إِلَى ٱلْأَرْضِ ٱلَّتِى بَـٰرَكْنَا فِيهَا لِلْعَـٰلَمِينَ

    Wa-najjaynaahu wa-Looṭan ʹilal ʹarḍil latee baaraknaa feehaa lil-ʻaalameem.

    އަދި ތިމަންރަސްކަލާނގެ (عراق ކަރައިގެބިމުން - ނުވަތަ އެމީހުންގެ عذاب ން) އެކަލޭގެފާނާއި لوط ގެފާނު (عليهما السّلام) ސަލާމަތްކުރައްވައި އެންމެހައި عالم ތަކަށް ތިމަންރަސްކަލާނގެ އެތާނގައި بركاة ލައްވާފައިވާ ބިމަށް (شام ކަރައިގެބިމަށް) އެބޭކަލުން ފޮނުއްވީމެވެ.

  72. 72

    وَوَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ نَافِلَةً ۖ وَكُلًّا جَعَلْنَا صَـٰلِحِينَ

    Wa-wahabnaa lahooo ʹIsḥaaq̣: wa-Yaʻq̣ooba naafilah: wa-kullañ jaʻalnaa Ṣaaliḥeen.

    އަދި އެކަލޭގެފާނަށް އެބަހީ: إبراهيم عليه السّلام އަށް ތިމަންރަސްކަލާނގެ إسحاق ގެފާނު ދެއްވީމެވެ. އަދި ކާފަދަރިކަލެއްގެގޮތުން يعقوب ގެފާނު ދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކު ތިމަންރަސްކަލާނގެ صالح ންކަމުގައި ލެއްވީމެވެ. (ﷲ އަށް ކިޔަމަންތެރި އަޅުންކަމުގައި ލެއްވީމެވެ.)

  73. 73

    وَجَعَلْنَـٰهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا وَأَوْحَيْنَآ إِلَيْهِمْ فِعْلَ ٱلْخَيْرَٰتِ وَإِقَامَ ٱلصَّلَوٰةِ وَإِيتَآءَ ٱلزَّكَوٰةِ ۖ وَكَانُوا۟ لَنَا عَـٰبِدِينَ

    Wa-jaʻalnaahum ʹAʹimmatañy yahdoona biʹAmrinaa wa-ʹawḥaynaaa ʹilayhim fiʻlal khayraati wa-ʹiq̣aamaṣ Ṣalaati wa-ʹeetaaaʹaz Zakaah; wa-kaanoo lanaa ʻaabideen.

    އަދި ތިމަންރަސްކަލާނގެ އަމުރުފުޅަށް (މީސްތަކުންނަށް) ތެދުމަގު ދައްކަވާ إمام ންކަމުގައި ތިމަންރަސްކަލާނގެ އެބޭކަލުން ލެއްވީމެވެ. އަދި ހެޔޮކަންތައްތައް ކުރުމަށާއި ނަމާދު قائم ކުރުމަށާއި ޒަކާތްދިނުމަށާއި މިކަންކަމަށް އެބޭކަލުންނަށް އަންގަވައި وحي ކުރެއްވީމެވެ. އަދި އެބޭކަލުންވީ ކަނޑައެޅިގެން ތިމަންރަސްކަލާނގެއަށް އެކަނި އަޅުކަންކުރައްވާ އަޅުންކަމުގައެވެ. (عليهم السّلام)

  74. 74

    وَلُوطًا ءَاتَيْنَـٰهُ حُكْمًا وَعِلْمًا وَنَجَّيْنَـٰهُ مِنَ ٱلْقَرْيَةِ ٱلَّتِى كَانَت تَّعْمَلُ ٱلْخَبَـٰٓئِثَ ۗ إِنَّهُمْ كَانُوا۟ قَوْمَ سَوْءٍ فَـٰسِقِينَ

    Wa-Looṭan ʹaataynaahu Ḥukmañw WaʻIlmañw Wanajjaynaahu minal q̣aryatil latee kaanat taʻmalul khabaaaʹis̤. ʹinnahum kaanoo q̣awma Sawʹiñ faasiq̣een.

    އަދި لوط عليه السلام އަށް ތިމަންރަސްކަލާނގެ نبي ކަމާއި علم ވެރިކަން ދެއްވީމެވެ. (މި އާޔަތުގައިމިވާ حكم ގެ މާނައަކީ نبي ކަމުގައި ނުވަތަ ކަންކަން ނިމުމުގެ حكمކަމުގައިވި އެވެ.) އަދި ހަޑި ހުތުރު ކަންތައްތައް ކުރާމީހުން އުޅޭ ރަށުން (އެއީ ފިރިހެން ކުޅިކުޅުނު سَدُوْم އެވެކިޔުނު ރަށެވެ.) ތިމަންރަސްކަލާނގެ އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން އެރަށުގެ މީހުންވީ ނުބައިބަޔަކުކަމުގައެވެ.

  75. 75

    وَأَدْخَلْنَـٰهُ فِى رَحْمَتِنَآ ۖ إِنَّهُۥ مِنَ ٱلصَّـٰلِحِينَ

    Wa-ʹadkhalnaahu fee Raḥmatinaa: ʹinnahoo minaṣ Ṣaaliḥeen.

    އަދި ތިމަންރަސްކަލާނގެ رحمة ގެ ތެރެއަށް ތިމަންރަސްކަލާނގެ އެކަލޭގެފާނު ލެއްވީމެވެ. ހަމަކަށަވަރުން އެކަލޭގެފާނުވަނީ صالح ންގެ ތެރެއިންނެވެ.

  76. 76

    وَنُوحًا إِذْ نَادَىٰ مِن قَبْلُ فَٱسْتَجَبْنَا لَهُۥ فَنَجَّيْنَـٰهُ وَأَهْلَهُۥ مِنَ ٱلْكَرْبِ ٱلْعَظِيمِ

    Wa-Nooḥan ʹiz naadaa miñ q̣ablu fastajabnaa lahoo fanajjaynaahu wa-ʹahlahoo minal karbil ʻaz̤̣eem.

    އަދި نوح عليه السلام ހަނދުމަފުޅުކުރައްވާށެވެ! (އެއީ إبراهيم عليه السلام އާއި އަދި لوط عليه السلام ގެ ވާހަކައިގެ) ކުރިންނެވެ. އެކަލޭގެފާނު ﷲ އަށް ދަންނަވާ دعاء ކުރެއްވި ހިނދުގައެވެ. ފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް إجابة ކުރައްވައި އެކަލޭގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން (ކިޔަމަންތެރި مؤمن ން) ބޮޑުވެގެންވާ ހިތާމަޔާއި ނުރައްކަލުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އެއީ ބޮޑުވެގެންވާ طوفان އެވެ.

  77. 77

    وَنَصَرْنَـٰهُ مِنَ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَآ ۚ إِنَّهُمْ كَانُوا۟ قَوْمَ سَوْءٍ فَأَغْرَقْنَـٰهُمْ أَجْمَعِينَ

    Wa-naṣarnaahu minal q̣awmil laẓeena kaẓẓaboo biʹAayaatinaa: ʹinnahum kaanoo q̣awma Sawʹiñ faʹag̣raq̣naahum ʹajmaʻeen.

    އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުންގެ މައްޗަށް ތިމަންރަސްކަލާނގެ އެކަލޭގެފާނަށް نصر ދެއްވީމެވެ. ހަމަކަށަވަރުން އެމީހުންވީ ނުބައި ބަޔަކު ކަމުގައެވެ. އަދި ތިމަންރަސްކަލާނގެ އެހުރިހާ މީހުން غرق ކުރެއްވީމެވެ. (طوفان ގައި غرق ކުރައްވައި މެރުއްވީމެވެ.)

  78. 78

    وَدَاوُۥدَ وَسُلَيْمَـٰنَ إِذْ يَحْكُمَانِ فِى ٱلْحَرْثِ إِذْ نَفَشَتْ فِيهِ غَنَمُ ٱلْقَوْمِ وَكُنَّا لِحُكْمِهِمْ شَـٰهِدِينَ

    Wa-Daawooda wa-Sulaymaana ʹiẓ yaḥkumaani fil ḥars̤i ʹiẓ nafashat feehi g̣anamul q̣awm: wa-kunnaa liḥukmihim Shaahideen.

    (އޭ رسول الله އެވެ. އަދި داوُد އާއި سليمان (عليه السلام) ހަނދުމަފުޅުކުރައްވާށެވެ! އެއީ އޭގެ ދެބޭކަލުން ދަނޑާއިމެދު حكم ކުރައްވަމުން ދިޔަވަގުތެވެ. އެދަނޑަށް އެދަނޑުގެ މީހުން ނޫންއެހެން ބައެއްގެ ބަކަރި ތަކެއް ރޭގަޑުގެ ވަގުތެއްގައި ވަދެ ދަނޑު ހަލާކު ކޮށްލުމާއި ގުޅިގެންނެވެ. އަދި އެދެބޭކަލުންގެ حكم އަށް ތިމަންރަސްކަލާނގެ حاضر ވެވޮޑިގެންވީމުއެވެ. ނުވަތަ ހެކިވެ ވޮޑިގެންވީމެވެ.

  79. 79

    فَفَهَّمْنَـٰهَا سُلَيْمَـٰنَ ۚ وَكُلًّا ءَاتَيْنَا حُكْمًا وَعِلْمًا ۚ وَسَخَّرْنَا مَعَ دَاوُۥدَ ٱلْجِبَالَ يُسَبِّحْنَ وَٱلطَّيْرَ ۚ وَكُنَّا فَـٰعِلِينَ

    Fafahhamnaahaa Sulaymaan: wa-kullan ʹaataynaa Ḥukmañw waʻIlmaa; wa-sakh-kharnaa maʻa Daawoodal jibaala yusabbiḥna waṭṭayr: wa-kunnaa faaʻileen.

    ފަހެ އެقَضِيَّة ތިމަންރަސްކަލާނގެ سليمان ގެފާނަށް ވިސްނައި ދެއްވީމެވެ. (އެބަހީ އޭގެ މޮޅު حكم އާއި علم ދެއްވީމެވެ.) އަދި داوُد (عليه السلام) އަށް ފަރުބަދަތައް ކިޔަމަންކުރެއްވީމެވެ. އެއީ އެކަލޭގެފާނު تسبيح ވިދާޅުވާއިރު ފަރުބަދަތައް تسبيح ކިޔުމާއި އަދި ދޫނިތައްވެސް އެކަލޭގެފާނުން تسبيح ވިދާޅުވާއިރު تسبيح ކިޔާ ގޮތަށް ތިމަންރަސްކަލާނގެ ކިޔަމަންކުރެއްވީމެވެ. މިއެންމެހައި ކަންކަން މިހިންގަވަނީ ހަމަ ތިމަންރަސްކަލާނގެއެވެ.\n• ދަންނައެވެ. داودُ ގެފާނާއި سليمان ގެފާނާއި عَلَيْهمَا السّلام ދެބޭކަލުންގެ މެދުގައި حكم ކުރަން ދިމާވި قَضِيَّة އަކީ، ބަޔަކުމީހުންގެ މޭބިސްކަދުރު ދަނޑަކަށް އެހެންބައެއްގެ ބަކަރިތަކެއް ރޭގަނޑުގެ ވަގުތުގައި ވަދެ ދަނޑު މުޅިން ހަލާކުކޮށްލައިގެން އެކަމުގެ قَضِيَّة އެވެ. داوُد عليه السّلام ނިޔާކުރެއްވީ އެބަކަރިތައް ދަނޑުވެރިޔާއަށް ދިނުމަށެވެ. ބަކަރިތަކުގެ ވެރިޔާއަށް އެއްޗެއްނެތެވެ. އެ މަޖްލީހުގައި سليمان ގެފާނު އިންނެވި އެވެ. سليمان ގެފާނު ވިދާޅުވިއެވެ. އޭ نَبِى ﷲ އެވެ. އެހެންގޮތެކެވެ. އެގޮތަކީ:-\nދަނޑުގެ ވެރިޔާ ބަކަރިތައް ގެންގޮސް އެއިން ފައިދާނަގާނީއެވެ. އަދި ބަކަރިތަކުގެވެރިޔާ ދަނޑު إصلاح ކޮށް ބަކަރިތައް ވަންއިރު ހުރިވަރުވީމާ ބަކަރީގެ ވެރިޔާއަށް ބަކަރިއެވެ. ދަނޑުވެރިޔަށް ދަނޑެވެ. ކުރީހުރިގޮތަށް ބަދަލުކޮށްލާނީއެވެ. މިއީ سليمان عليه السَّلام ގެ ނިޔާއެވެ. داود عليه السَّلام ވިދާޅުވިއެވެ. ނިޔާއަކީ ކަލޭގެފާނު ތިޔަކުރެއްވި ނިޔާއެވެ. އެގޮތް ރަނގަޅެވެ. سليمان عليه السَّلام އަށް ﷲ تعالى އެގޮތް ވިސްނަވައިދެއްވީއެވެ. ދެންފަހެ މި أمّة ގައި އެ قضيّة ގެ حكم އޮންނަގޮތަކީ، ދުވާލު ވަގުތު ދަނޑުވެރިޔާ ރަނގަޅަށް ދަނޑު ބެލެހެއްޓުމެވެ. ރޭގަނޑުގެ ވަގުތު ބަކަރި ދަނޑަށް ވަދެ ގެއްލުމެއްދީފިނަމަ އޭގެ އަގުކޮށް ބަކަރީގެ ވެރިޔާ ޖޫރިމަނާކުރުމެވެ. ރޭގަނޑުގައި ބަކަރީގެ ވެރިޔާ ބަކަރިތަކަށް مسؤل ވާންޖެހޭނެއެވެ. ދުވާލު ވަގުތު ދަނޑުވެރިޔާ ދަނޑަށް مسئول ވުމެވެ. وﷲ اعلم. މިއީ ތިން نبي ންގެ ތިން ނިޔާއެވެ. ކޮންމެ ބޭކަލަކަށްވެސް ﷲ حكم އާއި علم ދެއްވިއެވެ. މިހުރިހާ ކަމެއް ބައްލަވާވޮޑިގެންވާ ﷲ ގެ حِكْمَة ވަންތަކަމުގެ ބޮޑުކަމާއެވެ!

  80. 80

    وَعَلَّمْنَـٰهُ صَنْعَةَ لَبُوسٍ لَّكُمْ لِتُحْصِنَكُم مِّنۢ بَأْسِكُمْ ۖ فَهَلْ أَنتُمْ شَـٰكِرُونَ

    Wa-ʻallamnaahu ṣanʻata laboosil lakum lituḥṣinakum mim baʹsikum: fahal ʹañtum shaakiroon?

    އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް - އެބަހީ: داود عليه السَّلام އަށް ކަލޭމެން ހަނގުރާމައިގައި ބޭނުންކުރާނޭ (ދަގަނޑުދަހަނާ) ލިބާސް ހައްދަވާނޭގޮތް ދަސްކޮށްދެއްވީމެވެ. (ނުވަތަ ހަނގުރާމައިގެ ހަތިޔާރު ހައްދަވާނެގޮތް ދަސްކޮށްދެއްވީމެވެ.) އެއީ ކަލޭމެން ކަލޭމެންގެ ހަނގުރާމައިގައި ރައްކާތެރިވެ ސަލާމަތްވުމަށެވެ. ފަހެ ކަލޭމެންނަކީ شكر ކުރާނެ ބަޔަކީމުހެއްޔެވެ؟

  81. 81

    وَلِسُلَيْمَـٰنَ ٱلرِّيحَ عَاصِفَةً تَجْرِى بِأَمْرِهِۦٓ إِلَى ٱلْأَرْضِ ٱلَّتِى بَـٰرَكْنَا فِيهَا ۚ وَكُنَّا بِكُلِّ شَىْءٍ عَـٰلِمِينَ

    Wa-li-Sulaymaanar reeḥa ʻaaṣifatañ tajree biʹamriheee ʹilal ʹarḍil latee baaraknaa feehaa: wa- kunnaa bikulli shayʹin ʻaalimeen.

    އަދި سليمان عليه السَّلام އަށް ގަދަޔަށްޖެހޭ ވައި ތިމަންރަސްކަލާނގެ ކިޔަމަންކޮށްދެއްވީމެވެ. އެކަލޭގެފާނުންގެ އަމުރުފުޅަށް އެވައި އެތާނގައި ތިމަންރަސްކަލާނގެ ބަރަކާތްލައްވާފައިވާ ބިމަށް (شام ކަރައިގެބިމަށް) ދަތުރުކޮށްދެއެވެ. (ހެނދުނުން ފަށައިގެން މެންދުރަށް މަސްދުވަހުގެ ރާސްތާއަށް އަދި މެންދުރުފަހުން އިރުއޮއްސޭއިރަށް މަސްދުވަހުގެ ރާސްތާއަށް ދަތުރުކޮށްލައެވެ.) އަދި މިހުރިހާ ކަމަކާއި މިހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވީމެވެ.

  82. 82

    وَمِنَ ٱلشَّيَـٰطِينِ مَن يَغُوصُونَ لَهُۥ وَيَعْمَلُونَ عَمَلًا دُونَ ذَٰلِكَ ۖ وَكُنَّا لَهُمْ حَـٰفِظِينَ

    Wa-minash shayaaṭeeni mañy yag̣ooṣoona lahoo wa-yaʻmaloona ʻamalañ doona ẓaalik; wa-kunnaa lahum Ḥaafiz̤̣een.

    އަދި شيطان ންގެތެރޭގައި سليمان عليه السَّلام އަށް ކަނޑުގެއަޑިޔަށް ފީނައިދޭ شيطان ވެއެވެ. (އެބައިމީހުން ރަންމުތާއި އެހެނިހެންވެސް ބޭނުންފުޅުވާ ތަކެތި ނަގައިދެއެވެ.) އަދި ބިނާކުރުމާއި صُورة ތައް ހެދުމާއި އަދި އެހެނިހެން ކަންތައްވެސް އެސޮރުމެން ކޮށްދެއެވެ. އަދި އެބައިމީހުންނާއި އެބައިމީހުން ކުރާހާ ކަމެއް ރައްކާތެރިކޮށްދެއްވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވީމުއެވެ.

  83. 83

    ۞ وَأَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلضُّرُّ وَأَنتَ أَرْحَمُ ٱلرَّٰحِمِينَ

    Wa-ʹAyyooba ʹiẓ naadaa Rabbahooo ʹannee massaniyaḍ ḍurru wa-ʹAñta ʹArḥamur raaḥimeen.

    (އޭ رسول ﷲ އެވެ!) އަދި أيُّوبُ عليه السَّلام ގެ ވާހަކަ ހަނދުމަފުޅުކުރައްވާށެވެ! އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާއަށް އުނދަގޫޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ رحمة އެންމެބޮޑުވެގެންވާ ކަލާނގެއެވެ.

  84. 84

    فَٱسْتَجَبْنَا لَهُۥ فَكَشَفْنَا مَا بِهِۦ مِن ضُرٍّ ۖ وَءَاتَيْنَـٰهُ أَهْلَهُۥ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنْ عِندِنَا وَذِكْرَىٰ لِلْعَـٰبِدِينَ

    Fastajabnaa lahoo fakashafnaa maa- bihee miñ ḍurriñw waʹaataynaahu ʹahlahoo wa-mis̤lahum maʻahum Raḥmatam min ʻIñdinaa waẓikraa lilʻaabideen.

    ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަކުރައްވައި އެކަލޭގެފާނަށް ޖެހިވަޑައިގެންފައިވާހާ އުނދަގުލަކާއި ބަލިކަމެއް ދުރުކުރައްވައި كشف ކުރެއްވީމެވެ. އަދި އެކަލޭގެފާނުންގެ (ކުރީގެ) އެންމެހައި أهل ވެރިންނާއި އަދި އެޔާއެކު އޭގެއިތުރަށް އެހާވަރު ދެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ حضرة ންވާ رحمة އެއްގެގޮތުންނެވެ. އަދި تقوى ވެރި މާތް އަޅުވެރިންނަށްވާ عبرة އަކާއި وعظ އެއްގެގޮތުންނެވެ.

  85. 85

    وَإِسْمَـٰعِيلَ وَإِدْرِيسَ وَذَا ٱلْكِفْلِ ۖ كُلٌّ مِّنَ ٱلصَّـٰبِرِينَ

    Wa-ʹIsmaaʻeela wa-ʹIdreesa wa-Ẓal kifl: kullum minaṣ Ṣaabireen;

    އަދި إسْمَاعِيْل ގެފާނާއި إدْرِيْسُ ގެފާނާއި އަދި ذُوالْكِفْلِ (عليهم السَّلام) މިބޭބޭކަލުންގެ ވާހަކަ ހަނދުމަފުޅުކުރައްވާށެވެ! މިހުރިހާ ބޭކަލުންވެސް ވެވަޑައިގެންނެވީ ކެތްތެރި މާތްބޭކަލުންކަމުގައެވެ.

  86. 86

    وَأَدْخَلْنَـٰهُمْ فِى رَحْمَتِنَآ ۖ إِنَّهُم مِّنَ ٱلصَّـٰلِحِينَ

    Wa-ʹadkhalnaahum fee Raḥmatinaa: ʹinnahum minaṣ Ṣaaliḥeen.

    އަދި އެހުރިހާ ބޭކަލުން ތިމަންރަސްކަލާނގެ رحمة ގެތެރެއަށް ތިމަންރަސްކަލާނގެ ވެއްދެވީމެވެ. ހަމަކަށަވަރުން އެބޭކަލުން ވެވަޑައިގެންނެވީ صالح ންގެތެރެއިންނެވެ. رَسُول ބޭކަލުންގެ ތެރެއިނެވެ.

  87. 87

    وَذَا ٱلنُّونِ إِذ ذَّهَبَ مُغَـٰضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِى ٱلظُّلُمَـٰتِ أَن لَّآ إِلَـٰهَ إِلَّآ أَنتَ سُبْحَـٰنَكَ إِنِّى كُنتُ مِنَ ٱلظَّـٰلِمِينَ

    Wa-Ẓan Nooni ʹiẓ ẓahaba mug̣aaḍibañ fa-Z̤̣anna ʹal lan naq̣dira ʻalayhi fanaadaa fiz̤̣ z̤̣ulumaati ʹal ˹Laaa ʹilaaha ʹillaaa ʹAñta Subḥaanaka ʹinnee kuñtu minaz̤̣ z̤̣aalimeen˺!

    އަދި މަހުގެވެރި ކަލޭގެފާނު يعني: يُونُسُ عليه السَّلام ހަނދުމަފުޅުކުރައްވާށެވެ! އެކަލޭގެފާނު ކޯފާވެވަޑައިގެން ވަޑައިގެންނެވިހިނދު އެކަލޭގެފާނު ހީފުޅުކުރެއްވީ ތިމަންރަސްކަލާނގެއަށް އެކަލޭގެފާނުންގެ މައްޗަށް ކުޅަދުންވަންތަވެވޮޑި ނުގަންނަވާނެކަމަށެވެ. ދެންފަހެ އަނދިރިތަކުގެ ތެރޭގައި (މަހުބަނޑުގެ އަނދިރިޔާ ރޭގަނޑުގެ އަނދިރިޔާ ކަނޑުގެ އަނދިރިޔާމިހުރިހާއަދިރީ ގައި އޮންނަވައިގެން) އެކަލޭގެފާނު އެކަލޭގެފާނުންގެ ربّ އަށް دعاء ދަންނަވައި توبة ވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ދެންނެވިއެވެ. އިބަރަސްކަލާނގެ މެނުވީ އަޅުކަންވެވުން حقّ އެހެން އެއްވެސް إله އަކުނުވެއެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތައެވެ. ހަމަކަށަވަރުން މިއަޅާމިވަނީ އަނިޔާވެރިންގެތެރެއިންނެވެ.

  88. 88

    فَٱسْتَجَبْنَا لَهُۥ وَنَجَّيْنَـٰهُ مِنَ ٱلْغَمِّ ۚ وَكَذَٰلِكَ نُـۨجِى ٱلْمُؤْمِنِينَ

    Fastajabnaa lahoo wa-najjaynaahu minal g̣amm: wa-kaẓaalika nuñjil Muʹmineen.

    ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަކުރައްވައި އަދި ހިތާމަޔާއި މޮޅިން ތިމަންރަސްކަލާނގެ އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. مؤمن ން ތިމަންރަސްކަލާނގެ ސަލާމަތް ކުރައްވަނީ އެފަދައިންނެވެ. • ދަންނައެވެ. يُونُسُ عليه السَّلام ގެ ވާހަކައިގައި ވަރަށްގިނަ إختلاف ވެއެވެ. އެހެންވެ އެވާހަކަ ހަނދާންކޮށްދެމެވެ. އަދި އެ إختلاف ގެތެރެއަށް ވަންނާކަށް މިފޮތުގައި ތަނެއްނެތެވެ.

  89. 89

    وَزَكَرِيَّآ إِذْ نَادَىٰ رَبَّهُۥ رَبِّ لَا تَذَرْنِى فَرْدًا وَأَنتَ خَيْرُ ٱلْوَٰرِثِينَ

    Wa-Zakariyyaaa ʹiẓ naadaa Rabbahoo Rabbi laa- taẓarnee fardañw waʹAñta Khayrul waaris̤een.

    އަދި زَكَرِيَّا عليه السَّلام ހަނދުމަފުޅުކުރައްވާށެވެ. އެއީ އެކަލޭގެފާނުންގެ ربّ އަށް دعاء ދެންނެވިހިނދުގައެވެ. އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. ދަރިއަކުނެތް ހަމައެކަނި فَرْد އަކު ކަމުގައި މިއަޅާނުލައްވާންދޭވެ. (މިއަޅާއަށް ދަރިއަކުލައްވާންދޭވެ.) އަދި އިބަރަސްކަލާނގެއީ އެންމެހެޔޮގޮތުގައި ވާރުތަކުރައްވާ ކަލާނގެއެވެ.

  90. 90

    فَٱسْتَجَبْنَا لَهُۥ وَوَهَبْنَا لَهُۥ يَحْيَىٰ وَأَصْلَحْنَا لَهُۥ زَوْجَهُۥٓ ۚ إِنَّهُمْ كَانُوا۟ يُسَـٰرِعُونَ فِى ٱلْخَيْرَٰتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا۟ لَنَا خَـٰشِعِينَ

    Fastajabnaa lahoo wa-wahabnaa lahoo Yaḥyaa wa-ʹaṣlaḥnaa lahoo zawjah. ʹInnahum kaanoo yusaariʻoona fil khayraati wa-yadʻoonanaa rag̣abañw warahabaa: wa-kaanoo lanaa khaashiʻeen.

    ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް يَحْيَى (عليه السَّلام) ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލޭގެފާނުންގެ އަނބިކަނބަލުން صلح ކޮށްދެއްވައި ރަނގަޅުކޮށްދެއްވީމެވެ. (ދަރިންނުލިބޭ މީހަކުކަމުގައި އިންނެވުމަށްފަހު ދަރިންލިބޭ މީހަކުކަމުގައި ހެއްދެވީމެވެ.) ހަމަކަށަވަރުން އިސްވެދިޔަ ބޭބޭކަލުންވީ ހެޔޮކަންތަކުގައި އަވަސްވެވަޑައިގަންނަވާ ބޭކަލުންކަމުގައެވެ. އަދި ތިމަންރަސްކަލާނގެ رحمة އަށް އެދިވަޑައިގަންނަވައިގެންނާއި އަދި ތިމަންރަސްކަލާނގެ عذاب އާއި ކޯފާއަށް ބިރުން އެބޭކަލުން ތިމަންރަސްކަލާނގެއަށް دعاء ކުރައްވައެވެ. އަދި އެބޭކަލުންވީ ތިމަންރަސްކަލާނގެއަށް ބިރުވެތިވެ މަޑުމޮޅިވެވަޑައިގަންނަވާ ބޭކަލުންކަމުގައެވެ.

  91. 91

    وَٱلَّتِىٓ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهَا مِن رُّوحِنَا وَجَعَلْنَـٰهَا وَٱبْنَهَآ ءَايَةً لِّلْعَـٰلَمِينَ

    Wallateee ʹaḥṣanat farjahaa fanafakhnaa feehaa mir Rooḥinaa wa-jaʻalnaahaa wabnahaaa ʹAayatal lilʻaalameen.

    އަދި އެކަމަނާގެ ލަދުގުނަވަން އެކަމަނާ ރައްކާތެރިކުރެއްވި ކަމަނާގެ ވާހަކަ ކަލޭގެފާނު ހަނދުމަފުޅުކުރައްވާށެވެ! (އެއީ عِمْرَان ގެ ދަރިކަނބަލުން مَرْيَم ގެފާނެވެ.) ފަހެ އެކަމަނާގެ ލިބާހުގެ ޖީބަށް (ނުވަތަ ކަރުވަޅުތެރެއަށް) ތިމަންރަސްކަލާނގެ ފުމެލެއްވީމެވެ. (އެއީ جبريل عليه السَّلام އަށް އަމުރުކުރައްވައި އެކަލޭގެފާނުންގެ އަނގަފުޅުންނެވެ.) އަދި އެކަމަނާއާއި އަދި އެކަމަނާގެ ދަރިކަލުން (عيسى عليه السّلام) ތިމަންރަސްކަލާނގެ ލެއްވީ އެންމެހައި عالم ތަކަށްވާ دليل އެއްކަމުގައެވެ. (އެއީ ބަފަޔަކާއި ނުލައި عيسى عليه السّلام ދުނިޔެއަށް ފޮނުއްވުމަކީ يقين ންވެސް ތިމަންރަސްކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ دليل ގެތެރެއިންވާ ކަމެކެވެ.)

  92. 92

    إِنَّ هَـٰذِهِۦٓ أُمَّتُكُمْ أُمَّةً وَٰحِدَةً وَأَنَا۠ رَبُّكُمْ فَٱعْبُدُونِ

    ʹInna haaẓiheee ʹummatukum ʹUmmatañw Waaḥidatañw WaʹAna Rabbukum faʻbudoon.

    ހަމަކަށަވަރުން ކަލޭމެންމުއުމިންގެ أُمَّة އަކީ ހަމަ އެއް أُمَّة އެކެވެ. އަދި ތިމަންރަސްކަލާނގެއީ ކަލޭމެންގެ ربّ އެވެ. ފަހެ އެހެންވެ ކަލޭމެން ތިމަންރަސްކަލާނގެއަށް އެކަނި އަޅުކަންކުރާށެވެ. (ބުދުތަކާއި ޒާތްޒާތުގެ إله ންތަކަށް އަޅުކަން ނުކުރާށެވެ!)

  93. 93

    وَتَقَطَّعُوٓا۟ أَمْرَهُم بَيْنَهُمْ ۖ كُلٌّ إِلَيْنَا رَٰجِعُونَ

    Wa-taq̣aṭṭaʻooo ʹamrahum̃ baynahum: kullun ʹilaynaa raajiʻoon.

    އަދި މީސްތަކުން އެމީހުންގެ دين ގެ ކަންތައްތައް އެމީހުންގެމެދުގައި ކުދިކުދިކޮށް ބައިބައިކޮށް إختلاف ތައް އުފައްދައިފިއެވެ. (ކޮންމެބަޔަކު އެބައެއްގެ ގޮތުގައި ހިފަހައްޓައިގެން ތިބެނީއެވެ.) އަދި އެހުރިހާ މީހުން އެންމެފަހުން އެނބުރި رجوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. (ދެން އެމީހަކަށް حقّ ޖަޒާއެއް ދެއްވާހުށީމެވެ.)

  94. 94

    فَمَن يَعْمَلْ مِنَ ٱلصَّـٰلِحَـٰتِ وَهُوَ مُؤْمِنٌ فَلَا كُفْرَانَ لِسَعْيِهِۦ وَإِنَّا لَهُۥ كَـٰتِبُونَ

    Famañy yaʻmal minaṣ Ṣaaliḥaati wa-huwa Muʹminuñ falaa kufraana lisaʻyih: wa-ʹInnaa lahoo katiboon.

    ފަހެ إيمان ވެގެންވާحال صالح عمل ކޮށްފިމީހާ (ދަންނައެވެ.) ފަހެ އޭނާގެ ހެޔޮ عمل ގެ ދަރުމަޔާއި ثواب އަށް ގެއްލުމެއްނެތެވެ. އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ އޭނާގެ عمل ތައް ލިއުއްވައި ބަލަހައްޓަވާ ކަލަކީމެވެ.

  95. 95

    وَحَرَٰمٌ عَلَىٰ قَرْيَةٍ أَهْلَكْنَـٰهَآ أَنَّهُمْ لَا يَرْجِعُونَ

    Waḥaraamun ʻalaa q̣aryatin ʹahlaknaahaaa ʹannahum laa- yarjiʻoon.

    އަދި ތިމަންރަސްކަލާނގެ އެރަށެއްގެ أهل ވެރިން މަރުއްވައި ހަލާކުކުރެއްވި އެއްވެސް ރަށެއްގެ أهل ވެރިއަކު ދުނިޔެއަށް އަލުން އަނބުރާ رجوع ވުމަކީ حَرَام ކަމެކެވެ. އެބަހީ ވާނޭކަމެއްނޫނެވެ.

  96. 96

    حَتَّىٰٓ إِذَا فُتِحَتْ يَأْجُوجُ وَمَأْجُوجُ وَهُم مِّن كُلِّ حَدَبٍ يَنسِلُونَ

    Hattaaa ʹiẓaa futiḥat Yaʹjooju wa-Maʹjooju wa-hum miñ kulli ḥadabiñy yañsiloon.

    يَأْجُوْجُ وَمَأْجُوْجُ ގެ މީހުންގެ ހުރަސް ހުޅުވިއްޖައުމަށްދާންދެނެވެ. ދެން އެހައިރުން އެމީހުންގަނޑު ކޮންމެ އުސްތާކުން އަވަސްއަވަހަށް އޮހިގަންނާނެއެވެ. (ބާރުބާރުކޮށް ދުނިޔޭގެ ތެރެއަށް ދެމިގަންނާނެއެވެ. - އެބައިމީހުންނަކީ قيامة ވުމާއި ގާތުގައި ދުނިޔެއަށް ﷲ ފޮނުއްވާނޭ ބައެކެވެ. عُمر ދިގު ދަރިންގިނަ ބައެކެވެ. އެމީހުންނާބެހޭ تفصيل صَحَّ حَدِيث ތަކުން ސާބިތުވެ އެނގެން އެބައޮތެވެ. އެވާހަކަ އަދި އެހެން فرصة އަކުން ބަޔާންކުރުމުގެ أمّيد ގައި ކުރުކޮށްލަމެވެ.)

  97. 97

    وَٱقْتَرَبَ ٱلْوَعْدُ ٱلْحَقُّ فَإِذَا هِىَ شَـٰخِصَةٌ أَبْصَـٰرُ ٱلَّذِينَ كَفَرُوا۟ يَـٰوَيْلَنَا قَدْ كُنَّا فِى غَفْلَةٍ مِّنْ هَـٰذَا بَلْ كُنَّا ظَـٰلِمِينَ

    Waq̣tarabal Waʻdul Ḥaq̣q̣u faʹiẓaa hiya shaakhiṣatun ʹabṣaarul laẓeena kafaroo: yaawaylanaa q̣ad kunnaa fee g̣aflatim min haaẓaa bal kunnaa z̤̣aalimeen!

    އަދި حَقُّ وَعُدْ ފުޅު ގާތްވެއްޖެއެވެ. އެބަހީ: قيامة ވުމަށް ގާތްވެގެންވެއެވެ. (ފަހެ قيامة ވެއްޖެއްޔާ) ކާފަރުވީ މީސްތަކުންގެ ލޯތައް ހުޅުވި ފެންކަޅިވެގެން ބޮޑުވެގެންވާހުއްޓެވެ. (އަދި އެމީހުން ބުނާނެއެވެ.) އޭ އަހުރެމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. ހަމަކަށަވަރުން އަހުރެމެން މިވަނީ މިކަމުން - އެބަހީ: محشر އަށް ފޮނުއްވައި حِسَاب ބައްލަވައި ޖަޒާދެއްވުމާއިމެދު - غَافِل ވެގެންނެވެ. އަދި ކިއެއްހެއްޔެވެ؟ އަހުރެމެން މިވަނީ އަނިޔާވެރިންކަމުގައެވެ.

  98. 98

    إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَٰرِدُونَ

    ʹInnakum wa-maa taʻbudoona miñ doonil laahi ḥaṣabu Jahannam! ʹañtum lahaa waaridoon!

    (އޭ مُشْرِك ންނޭވެ!) ކަލޭމެންނާއި އަދި ﷲ ފިޔަވައި ކަލޭމެން އެތަކެއްޗަށް ތިޔައަޅުކަންކުރާ ތަކެއްޗަކީ ނަރަކައިގެ ދަރެވެ. (އެތާ އަނދާނެ ތަކެއްޗެވެ.) ކަނޑައެޅިގެން ކަލޭމެން އެތަނަށް ވަންނާނެއެވެ.

  99. 99

    لَوْ كَانَ هَـٰٓؤُلَآءِ ءَالِهَةً مَّا وَرَدُوهَا ۖ وَكُلٌّ فِيهَا خَـٰلِدُونَ

    Law kaana haaaʹulaaaʹi ʹaalihatam maa waradoohaa! wa-kulluñ feehaa khaalidoon.

    އެބުދުތަކަކީ إله ންތަކެއް ކަމުގައިވީނަމަ އެތަކެތިނަރަކައަށް ނުލެވުނީހެވެ. (އެތާ އަނދާކަށް ނުޖެހުނީއެވެ.) އެތަކެއްޗަށް އަޅުކަންކުރި އެންމެންނާއި އަދި އެތަކެއްޗާއި އެންމެން އެނަރަކައިގައި ދެމިތިބޭހުއްޓެވެ.

  100. 100

    لَهُمْ فِيهَا زَفِيرٌ وَهُمْ فِيهَا لَا يَسْمَعُونَ

    Lahum feehaa zafeeruñw wahum feehaa laa- yasmaʻoon.

    އެމީހުންނަށް އެތާވަނީ ހިތާމައިގެ ނޭވައިގެ އަޑެވެ. (ނުވަތަ ނަރަކައިގެ ނޭވައިގެ އަޑެވެ.) އެތާނގައި ތިބޭއިރު އެމީހުންނަށް އެހެން އެއްވެސް އަޑެއް ނުއިވޭނެއެވެ. (تفسير الطَّبَرى އާއި އަދި އެހެނިހެން ބައެއް تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. ނަރަކައިގައި ދެމިތިބޭ މީހުންކުރެ މީހަކު ނަރަކައަށް ލެވިއްޖެއްޔާ ނަރަކައިގެ ބޮޑުފޮށްޓަކަށް ލެވޭނެއެވެ. ދެން އެފޮށި އެހެން ފޮށްޓަކަށް ލެވޭނެއެވެ. ދެން އެފޮށި އެހެން ފޮށްޓަކަށް ލެވޭނެއެވެ. އޭނާ އޮންނާނީ އެކަންޏެވެ. އެއްވެސްއަޑެއް ނުއިވޭނެއެވެ. އޭނާއަށް ހީވާނީ عَذَاب ލިބެނީ އޭނާއަށް އެކަނިހެންނެވެ.)

  101. 101

    إِنَّ ٱلَّذِينَ سَبَقَتْ لَهُم مِّنَّا ٱلْحُسْنَىٰٓ أُو۟لَـٰٓئِكَ عَنْهَا مُبْعَدُونَ

    ʹInnal laẓeena sabaq̣at lahum minnal Ḥusnaaa ʹulaaaʹika ʻanhaa mubʻadoon.

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ حضرة ން އެބަޔަކަށް ބާއްޖަވެރިކަން އިސްވެގޮސްފައިވާ މީހުން (ސުވަރުގެވަންތަވެރިން) އެނަރަކައާއި ދުރުކުރެވިގެންވެއެވެ. އެމީހުން އެތަނަށް ނުވަންނާނެއެވެ.

  102. 102

    لَا يَسْمَعُونَ حَسِيسَهَا ۖ وَهُمْ فِى مَا ٱشْتَهَتْ أَنفُسُهُمْ خَـٰلِدُونَ

    Laa- yasmaʻoona ḥaseesahaa: wa-hum fee mash tahat ʹañfusuhum khaalidoon.

    އެމީހުން އެރަނަކައިގެ އެއްވެސް حركاة އެއްގެ އެއްވެސް ހިރުމެއް إحساس އެއްގެ އަޑެއް ނުއަހާނެއެވެ. އަދި އެމީހުން ތިބޭނީ އެމީހުންގެ نفس ތައް އެދޭހާ نعمة އާއި މަޖަލުގައި ދެމިތިބޭގޮތުގައެވެ. ކޮޅުނެތްކޮޅަށް އަރާމުގައެވެ.

  103. 103

    لَا يَحْزُنُهُمُ ٱلْفَزَعُ ٱلْأَكْبَرُ وَتَتَلَقَّىٰهُمُ ٱلْمَلَـٰٓئِكَةُ هَـٰذَا يَوْمُكُمُ ٱلَّذِى كُنتُمْ تُوعَدُونَ

    Laa- yaḥzunuhumul Fazaʻul ʹAkbaru wa-tatalaq̣-q̣aahumul malaaaʹikah: haaẓaa Yawmukumul laẓee kuñtum tooʻadoon.

    قيامة ދުވަހުގެ ބޮޑުވެގެންވާ ސިހުމާއި ބިރުވެރިކަން އަދި އެދުވަހުގެ ހިތާމަ އެމީހުންނަކަށް ނުޖެހޭނެއެވެ. (ނުވަތަ ނަރަކައިގެ ނުރައްކައު އެމީހުންނަށް ނުޖެހޭނެއެވެ.) އަދި ملائكة ބޭކަލުން އެމީހުންނާއި ބައްދަލުކުރައްވައި އުފާވެރި ބަސްފުޅުތައް ވިދާޅުވާނެއެވެ. އެބޭކަލުން ވިދާޅުވާނެއެވެ. ކަލޭމެނަށް وعد ވެވުނު ދުވަހަކީ މިއީއެވެ.

  104. 104

    يَوْمَ نَطْوِى ٱلسَّمَآءَ كَطَىِّ ٱلسِّجِلِّ لِلْكُتُبِ ۚ كَمَا بَدَأْنَآ أَوَّلَ خَلْقٍ نُّعِيدُهُۥ ۚ وَعْدًا عَلَيْنَآ ۚ إِنَّا كُنَّا فَـٰعِلِينَ

    Yawma naṭwis samaaaʹa kaṭayyis sijilli lilkutub: kamaa badaʹnaaa ʹawwala khalq̣in nuʻeeduh: waʻdan ʻalaynaa: ʹInnaa kunnaa faaʻileen.

    ފޮތަށް ކަރުދާސްގަނޑު ފަތްޖަހާލާފަދައިން ތިމަންރަސްކަލާނގެ އުޑު ފަށްފަށްޖައްސަވާލާދުވަސް ހަނދާންކުރާށެވެ! (އެއީ قيامة ދުވަހެވެ.) އެދުވަހުން خَلْقُ ތަކުން އެމީހުން ފުރަތަމަ ދުނިޔެއަށް އައިއިރު ތިބިގޮތަށް (އޮރިޔާމުން އަދި ފައިވާނެއްވެސްނެތި) ހަމައެގޮތަށް އެމީހުން ހައްދަވައި إعَاد ކުރައްވާހުށީމެވެ.

  105. 105

    وَلَقَدْ كَتَبْنَا فِى ٱلزَّبُورِ مِنۢ بَعْدِ ٱلذِّكْرِ أَنَّ ٱلْأَرْضَ يَرِثُهَا عِبَادِىَ ٱلصَّـٰلِحُونَ

    Wa-laq̣ad katabna fiz Zaboori mim baʻdiẓ Ẓikri ʹannal ʹarḍa yaris̤uhaa ʻIbaadiyaṣ Ṣaaliḥoon.

    އަދި ހަމަކަށަވަރުން تَورَاة އަށްފަހު ބާވައިލެއްވި ފޮތްތަކުގައިވާ (زَبُور ގައި) ނުވަތަ لَوحُ المَحْفُوظ ތިމަންރަސްކަލާނގެ ލިއުއްވާފައިވާނެއެވެ. ހަމަކަށަވަރުން ސުވަރުގޭގެ ބިން ވާރުތަކުރައްވާނީ ތިމަންރަސްކަލާނގެ صالح އަޅުތަކުންނެވެ. • ދަންނައެވެ. މިއާޔަތުގައި މިވާ زَبُور އާއިމެދު مُفَسِّر ންގެ ބަސްތަފާތެވެ. އަޅުގަނޑު ލިޔެފައި އެވަނީ އޭގެ އެއްގޮތެވެ. އެއީ ابن جَرِيرُ الطَّبرى ވެސް ބުރަވެވަޑައިގަންނަވާގޮތެވެ. والله أعلم.

  106. 106

    إِنَّ فِى هَـٰذَا لَبَلَـٰغًا لِّقَوْمٍ عَـٰبِدِينَ

    ʹInna fee haaẓaa la-Balaag̣al liq̣awmin ʻAabideen.

    ހަމަކަށަވަރުން މި قرآن ގައި ނުވަތަ މިސޫރަތުގައި، ﷲ ގެ އަޅުކަމާއިގެން مَشْغُولُ ވެ އުޅޭ އަޅުވެރިންނަށް ކަނޑައެޅި بيان ވެގެންވާ وعظ އާއި نصيحة އަދި فَرَائِض ތައް އަދި އެދެވޭ އެދުންތައްވެއެވެ.

  107. 107

    وَمَآ أَرْسَلْنَـٰكَ إِلَّا رَحْمَةً لِّلْعَـٰلَمِينَ

    Wa-maaa ʹarsalnaaka ʹillaa Raḥmatal lilʻaalameen.

    (އޭ رسول ﷲ އެވެ!) عَالَمُ ތަކަށްވާ رحمة އެއްކަމުގައި މެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު رَسول ކަމާއިގެން ނުފޮނުއްވަމުއެވެ. އެބަހީ: ކަލޭގެފާނު ފޮނުއްވުމަކީ عالم ތަކަށްވާ رحمة އެކެވެ.

  108. 108

    قُلْ إِنَّمَا يُوحَىٰٓ إِلَىَّ أَنَّمَآ إِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ ۖ فَهَلْ أَنتُم مُّسْلِمُونَ

    Q̣ul ʹinnamaa yooḥaaa ʹilayya ʹannamaaa ʹIlaahukum ʹIlaahuñw Waaḥid: fahal ʹañtum Muslimoon?

    ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނަށް وحي އިއްވެވިގެންވަނީ ކަލޭމެންގެ إله ވާކަން ކަށަވަރީ ހަމައެންމެ إله އަކުކަމުގައެވެ. (އެއީ އެންމެހައި ތަކެތީގެ ربّ ކަމުގައިވާ ﷲ تعالى އެވެ.) ކަލޭމެން ފަހެ (އެކަލާނގެ އެއްކައުވަންތަ ކުރުމާއި އެކަލާނގެއަށް އަޅުކަން إخلاص ތެރިކުރުމުގައި) އެކަލާނގެއަށް ކިޔަމަންވެ ބޯލަނބާނޫހެއްޔެވެ؟ އެބަހީ: ބޯލަނބައި ކިޔަމަންވާށެވެ.

  109. 109

    فَإِن تَوَلَّوْا۟ فَقُلْ ءَاذَنتُكُمْ عَلَىٰ سَوَآءٍ ۖ وَإِنْ أَدْرِىٓ أَقَرِيبٌ أَم بَعِيدٌ مَّا تُوعَدُونَ

    Faʹiñ tawallaw faq̣ul ʹaaẓañtukum ʻalaa sawaaaʹ; wa-ʹin ʹadreee ʹaq̣areebun ʹam̃ baʻeedum maa tooʻadoon.

    ދެންފަހެ އެމީހުން - އެބަހީ: އެ مشرك ން - إسلام دين ން އެނބުރި ފުރަގަސްދީފިނަމަ ދެން ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނާއި ކަލޭމެންނާ ދެފަރާތް ހަމަހަމަ ވާގޮތަށް ތިމަންކަލޭގެފާނު (ހަނގުރާމަ) މި إعلان ކުރީއެވެ. އަދި ކަލޭމެންނަށް وعد ވެވިގެންވާ ކަންތައް - (އެބަހީ: ކޯފާޔާއި عذاب - ނުވަތަ ކާފަރުވީ މީސްތަކުން ދެރަވުމާއި ތިމަންކަލޭގެފާނާއި إسلام دين ގަދަވެގަތުން - ނުވަތަ قيامة ގެ عذاب) ގާތްވެގެންވާ ކަމެއް ނުވަތަ ދުރުގައިވާ ކަމެއް ތިމަންކަލޭގެފާނަކަށް އެގިވަޑައި ނުގަންނަވައެވެ.

  110. 110

    إِنَّهُۥ يَعْلَمُ ٱلْجَهْرَ مِنَ ٱلْقَوْلِ وَيَعْلَمُ مَا تَكْتُمُونَ

    ʹInnahoo yaʻlamul jahra minal q̣awli wa-yaʻlamu maa- taktumoon.

    (އިސްލާމްދީނާ އިދިކޮޅަށް) ކަލޭމެން ބުނާހާ ބަސްތައް އަޑުހަރުކޮށް ބުންޏަސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ކަލޭމެން ވަންހަނާކުރާ ކަންތައްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.

  111. 111

    وَإِنْ أَدْرِى لَعَلَّهُۥ فِتْنَةٌ لَّكُمْ وَمَتَـٰعٌ إِلَىٰ حِينٍ

    Wa-ʹin ʹadree laʻallahoo fitnatul lakum wa-mataaʻun ʹilaa ḥeen.

    (111-112) އަދި ކަލޭމެންނަށް މުހުލަތުދެއްވާފައިވަނީ ކަލޭމެންނަށްވާ إمتحان އެއްކަމުގައިވެސް ވެދާނެއެވެ. އެއީ ދުވަސްކޮޅަކު ކަލޭމެން ދުނިޔޭގައި އަރާމުކޮށްލުމަށްކަމުގައިވެސް ވެދާނެއެވެ. އެއިން އެއްވެސްކަމެއް ތިމަންކަލޭގެފާނަކަށް އެގިވަޑައި ނުގަންނަވައެވެ. އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. (މިއަޅާއާއި މިބައިމީހުންނާއި ދެމެދު) حقّ ގޮތުގައި حكم ކުރައްވާނދޭވެ! އަދި އޭ އެންމެހައި مشرك ންނޭވެ. ކަލޭމެން ތިޔަބުނާ ދޮގުތަކާއި ތިޔަ ސިފަކުރާ ސިފަކުރުންތަކާއިމެދު ވާގިއެދެވޭ ފަރާތަކީ އަޅަމެންގެ ربّ ކަމުގައިވާ رحمن ވަންތަ ﷲ އެވެ.

  112. 112

    قَـٰلَ رَبِّ ٱحْكُم بِٱلْحَقِّ ۗ وَرَبُّنَا ٱلرَّحْمَـٰنُ ٱلْمُسْتَعَانُ عَلَىٰ مَا تَصِفُونَ

    Q̣aala Rabbiḥ kum̃ bil-Ḥaq̣q̣! Wa-Rabbunar Raḥmaanul Mustaʻaanu ʻalaa maa- taṣifoon!

    (111-112) އަދި ކަލޭމެންނަށް މުހުލަތުދެއްވާފައިވަނީ ކަލޭމެންނަށްވާ إمتحان އެއްކަމުގައިވެސް ވެދާނެއެވެ. އެއީ ދުވަސްކޮޅަކު ކަލޭމެން ދުނިޔޭގައި އަރާމުކޮށްލުމަށްކަމުގައިވެސް ވެދާނެއެވެ. އެއިން އެއްވެސްކަމެއް ތިމަންކަލޭގެފާނަކަށް އެގިވަޑައި ނުގަންނަވައެވެ. އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. (މިއަޅާއާއި މިބައިމީހުންނާއި ދެމެދު) حقّ ގޮތުގައި حكم ކުރައްވާނދޭވެ! އަދި އޭ އެންމެހައި مشرك ންނޭވެ. ކަލޭމެން ތިޔަބުނާ ދޮގުތަކާއި ތިޔަ ސިފަކުރާ ސިފަކުރުންތަކާއިމެދު ވާގިއެދެވޭ ފަރާތަކީ އަޅަމެންގެ ربّ ކަމުގައިވާ رحمن ވަންތަ ﷲ އެވެ.