Surah Al-KahfBegins here at 18:75
-
18:75
۞ قَالَ أَلَمْ أَقُل لَّكَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًا
Q̣aala ʹalam ʹaq̣ul laka ʹinnaka lañ tastaṭeeʻa maʻiya ṣabraa?
خَضِرُ عليه السّلام ވިދާޅުވިއެވެ. ކަލޭގެފާނަށް އަހުރެންނާއެކު ކެތްތެރިވެވަޑައިނުގެންނެވޭނެވާހަކަ ކަލޭގެފާނަށް އަހުރެން ނުދަންނަވަންތޯއެވެ؟ އެބަހީ: ދެންނެވީމެވެ.
-
18:76
قَالَ إِن سَأَلْتُكَ عَن شَىْءٍۭ بَعْدَهَا فَلَا تُصَـٰحِبْنِى ۖ قَدْ بَلَغْتَ مِن لَّدُنِّى عُذْرًا
Q̣aala ʹiñ saʹaltuka ʻañ shayʹim baʻdahaa falaa tuṣaaḥibnee: q̣ad balag̣ta mil ladunnee ʻuẓraa.
موسى عليه السّلام ވިދާޅުވިއެވެ. މިފަހަރަށްފަހު ދެން އަހުރެން ކަލޭގެފާނާއި ސުވާލުކޮށްފިއްޔާ ދެން ކަލޭގެފާނު އަހުރެންނާއެކު ނުއުޅުއްވާނީއެވެ. އޭރުން ހަމަކަށަވަރުން (ކަލޭގެފާނު އަހުރެންނާ ވަކިވެވަޑައިގެންނެވުމަށް) އަހުރެންގެފަރާތުން عُذُرُ އެއް ކަލޭގެފާނަށް ލިބިވަޑައިގެންފިނޫންތޯއެވެ؟
-
18:77
فَٱنطَلَقَا حَتَّىٰٓ إِذَآ أَتَيَآ أَهْلَ قَرْيَةٍ ٱسْتَطْعَمَآ أَهْلَهَا فَأَبَوْا۟ أَن يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارًا يُرِيدُ أَن يَنقَضَّ فَأَقَامَهُۥ ۖ قَالَ لَوْ شِئْتَ لَتَّخَذْتَ عَلَيْهِ أَجْرًا
Fañṭalaq̣aa: Ḥattaaa ʹiẓaaa ʹatayaaa ʹahla q̣aryatinis taṭʻamaaa ʹahlahaa faʹabaw ʹañy yuḍayyifoohumaa fawajadaa feehaa jidaarañy yureedu ʹañy yañq̣aḍḍa faʹaq̣aamah. Q̣aala law shiʹta lattakhaẓta ʻalayhi ʹajraa.
ދެންފަހެ އޭގެދެބޭކަލުން (އަލުންވެސް) އެވަޑައިގަންނަވާގޮތަށް ވަޑައިގެންފިއެވެ. އެއީ އެދެބޭކަލުން ރަށެއްގެ أَهل ވެރިންތަކަކާއި ހަމައަށް ވަޑައިގެންފުމަށްދާންދެނެވެ. އަދި އެދެބޭކަލުން އެރަށުގެ أهلވެރިންގެ ކިބައިން ކާއެތިކޮޅަކަށް އެދިވަޑައިގެންނެވިއެވެ. އަދި އެބައިމީހުން އެދެބޭކަލުންނަށް ކާއެތިކޮޅު ދިނުމުން (މެހްމާންދާރީ އަދާކުރުމުން) މަނާވެގެންފިއެވެ. (ކާއެތިކޮޅު ނުދެއްވިއެވެ. ދެން އެދެބޭކަލުން އެތަނުން ވަޑައިގެންނެވީއެވެ.) އަދި ވެއްޓޭން ގާތްވެފައިވާ ފާރެއް އެދެބޭކަލުން އެރަށުން ދެކެވަޑައިގެންނެވިއެވެ. ދެން خَضِرُ عليه السّلام އެފާރު ތެދުކުރައްވާ ރަނގަޅަށް قائم ކުރެއްވިއެވެ. موسى عليه السّلام ވިދާޅުވިއެވެ. ކަލޭގެފާނު އެދިވަޑައިގެންފިއްޔާ ތިޔަކުރެއްވި ކަންތަކުގެމައްޗަށް އުޖޫރައެއް ހިތްޕެވިދާނެއެވެ.
-
18:78
قَالَ هَـٰذَا فِرَاقُ بَيْنِى وَبَيْنِكَ ۚ سَأُنَبِّئُكَ بِتَأْوِيلِ مَا لَمْ تَسْتَطِع عَّلَيْهِ صَبْرًا
Q̣aala haaẓaa firaaq̣u baynee wa-baynik: saʹunabbiʹuka bitaʹweeli maa- lam tastaṭiʻ ʻalayhi ṣabraa.
އެކަލޭގެފާނު يعني: (خَضِر عليه السّلام) ވިދާޅުވިއެވެ. މިފަހަރު ދެން މިއީ އަހުރެންނާއި ކަލޭގެފާނާއި ދެމެދު ވަކިވާ ފަހަރެވެ. އަދި ކަލޭގެފާނު އެކަންކަމުގެ މައްޗަށް ކެތްތެރިވެވަޑައިގެންނެވުމަށް ކުޅަދާނަ ފުޅުވެވަޑައިނުގެންނެވުނު ކަންކަމުގެ خبر ނިކަންހުރެ އަހުރެން ކަލޭގެފާނަށް ދަންނަވާ بيان ކޮށްދެއްވާހުށީމެވެ.
-
18:79
أَمَّا ٱلسَّفِينَةُ فَكَانَتْ لِمَسَـٰكِينَ يَعْمَلُونَ فِى ٱلْبَحْرِ فَأَرَدتُّ أَنْ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٌ يَأْخُذُ كُلَّ سَفِينَةٍ غَصْبًا
ʹAmmas safeenatu fakaanat limasaakeena yaʻmaloona fil baḥri faʹarattu ʹan ʹaʻeebahaa wa-kaana wa-raaaʹahum malikuñy yaʹkhuẓu kulla safeenatin g̣aṣbaa.
އެނައު ދަންނައެވެ. އެނައު އެއީ ނިކަމެތި މިސްކީނުބަޔަކުގެ އެއްޗެކެވެ. އެމީހުން ކުއްޔަށް މީހުން އުފުލުމަށް ކަނޑުގައި ދަތުރުކުރަނީއެވެ. ދެންފަހެ އަހުރެން قصد ކުރީ އެނައު އައިބު ކޮށްލާށެވެ. އެހެނީ އެމީހުން އެދާދިމާލުގައި (އަނިޔާވެރި) ރަސްކަލެއްވެއެވެ. އެރަސްގެފާނު އެގޮތަށް ސަލާމަތުން އައިބެއް ނެތިވާ ކޮންމެ ނަވެއް غَصْبُ ން އަތުލައިގަނެއެވެ. (އެހެންވެ އެނައު އައިބު ކޮށްލީއެވެ. ބުނެވެނީ ދެން އެނައު އައިކޮޅަށް އަނބުރާފައިގޮސް ރަސްގެފާނުންގެ އަތުން ސަލާމަތްވީކަމަށެވެ.)
-
18:80
وَأَمَّا ٱلْغُلَـٰمُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَآ أَن يُرْهِقَهُمَا طُغْيَـٰنًا وَكُفْرًا
Wa-ʹammal g̣ulaamu fakaana ʹabawaahu Muʹminayni fakhasheenaaa ʹañy yurhiq̣ahumaa ṭug̣yaanañw wakufraa.
އަދި އެކުޑަކުއްޖާ ދަންނައެވެ. އެކުއްޖާގެ މައިންބަފައިންނަކީ ދެ مؤمن ންކަމުގައިވިއެވެ. (އަދި އެކުއްޖާއަކީ ނުބައި ނުލަފާ ކުއްޖަކުކަމުގައިވިއެވެ. އަދި އެއްރިވާޔަތެއްގައިވަނީ އެއީ ކާފަރުވާނެ ކުއްޖެއްކަމަށެވެ.) ދެންފަހެ އެކުއްޖާ ބޮޑުވެގެން އެކުއްޖާގެ މައިންބަފައިންނަށް ނުކިޔަމަންތެރިކަމާއި ކާފަރުކަން ޖައްސައިފާނެކަމަށް އަހުރެން ބިރުގަތީއެވެ. (އެހެންވެ އެކުއްޖާ މެރީއެވެ.)
-
18:81
فَأَرَدْنَآ أَن يُبْدِلَهُمَا رَبُّهُمَا خَيْرًا مِّنْهُ زَكَوٰةً وَأَقْرَبَ رُحْمًا
Faʹaradnaaa ʹañy yubdilahumaa Rabbuhumaa khayram minhu zakaatañw waʹaq̣raba ruḥmaa.
އަދި އަހުރެން އެދުނީ އެކުއްޖާގެ ބަދަލުގައި އެދެމީހުންނަށް ދީންވެރިކަމާއި طاهر ކަމާއި އަދި رَحم އާއި އޯގާވެރިކަމުގެގޮތުން މާހެޔޮ ރަނގަޅު ދަރިއަކު ދެއްވުމަށެވެ.
-
18:82
وَأَمَّا ٱلْجِدَارُ فَكَانَ لِغُلَـٰمَيْنِ يَتِيمَيْنِ فِى ٱلْمَدِينَةِ وَكَانَ تَحْتَهُۥ كَنزٌ لَّهُمَا وَكَانَ أَبُوهُمَا صَـٰلِحًا فَأَرَادَ رَبُّكَ أَن يَبْلُغَآ أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةً مِّن رَّبِّكَ ۚ وَمَا فَعَلْتُهُۥ عَنْ أَمْرِى ۚ ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِع عَّلَيْهِ صَبْرًا
Wa-ʹammal jidaaru fakaana lig̣ulaamayni yateemayni fil Madeenati wa-kaana taḥtahoo kañzul lahumaa wa-kaana ʹaboohumaa ṣaaliḥaa: faʹaraada Rabbuka ʹañy yablug̣aaa ʹashuddahumaa wa-yastakhrijaa kañzahumaa raḥmatam mir Rabbik. Wa-maa faʻaltuhoo ʻan ʹamree. Ẓaalika taʹweelu maa- lam tasṭiʻ ʻalayhi ṣabraa.
އަދި އެފާރު ދަންނައެވެ. އެއީ އެރަށުގައިވާ يتيم ދެކުދިންގެ ފާރެއްކަމުގައިވިއެވެ. އަދި އެތާނގެ ދަށުގައި އެދެކުދިންނަށްވާ خزانة އެއްވެއެވެ. އަދި އެދެކުދިންގެ ބައްޕައަކީ صالح މާތްމީހަކުކަމުގައިވިއެވެ. ދެންފަހެ ކަލޭގެފާނުންގެ ربّ އެދިވޮޑިގެންނެވީ އެދެކުދީން ބޮޑުވެ تصرّف ފުދުމަށްފަހު އެދެކުދިންނަށް އެދެކުދިންގެ خزانة ނެރެދެއްވުމަށެވެ. އެއީ ކަލޭގެފާނުންގެ ربّ ގެ حضرة ންވާ رحمة އެއްގެގޮތުންނެވެ. އަދި އަހުރެން އެކަންކަން ކުރީ އަހުރެންގެ އަމިއްލަ رَأى އާއި ވިސްނުމަކަށްނޫނެވެ. (އެންގެވުމެއްގެމަތީންނެވެ.) ކަލޭގެފާނަށް އެކަންކަމުގެމައްޗަށް ކެތްތެރިވެ ވަޑައިނުގެންނެވުނު ކަންކަމުގެ تفسير އަކީ އަދި ބަޔާނަކީ އެއީއެވެ.
-
18:83
وَيَسْـَٔلُونَكَ عَن ذِى ٱلْقَرْنَيْنِ ۖ قُلْ سَأَتْلُوا۟ عَلَيْكُم مِّنْهُ ذِكْرًا
Wa-yasʹaloonaka ʻañ Ẓil Q̣arnayn. Q̣ul saʹatloo ʻalaykum minhu ẓikraa.
(އޭ رسول ﷲ އެވެ.) އެމީހުން - (يعني: يهودي ންބުނެގެން مشرك ން ބުނެއެވެ.) ذُوْالْقَرْنَيْنِ އާއި ބެހޭގޮތުން ކަލޭގެފާނާއި ސުވާލުކުރާނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ނިކަންހުރެ ކަލޭމެނަށް އަހުރެން އެކަލޭގެފާނުންގެ خبر (وحي ގެ ذريعة އިން) ކިޔައިދޭހުރީމެވެ. • ދަންނައެވެ. ذُوْالْقَرْنَيْنِ އަކީ ކޮން ބޭކަލެއްކަމާމެދު تفسير علم ވެރިންގެ ފޮތްތަކާއި تاريخ ފޮތްތަކުގައި إختلاف ތަކެއްވެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. أبوجعفر الطبري ގެ تفسير ގައި ބުނެވިގެންވެއެވެ. އެއީ رُوم ކަރައިގެ ޒުވާނެކެވެ. އަދި ހަމަ އެފޮތުގައި وَهب بن مُنَبّة ގެ އަރިހުން ރިވާވެގެންވަނީ އެއީ ملائكة ބޭކަލެއްކަމަށެވެ. އަދި زبدة التّفسير ގައިވަނީ އޭނާއަކީ الإسْكَنْدَر بن فيليبوس ކަމަށެވެ. އަދި މިނޫންވެސް ވަރަށްގިނަ ގޮތްގޮތަށް ކިޔާފައިވެއެވެ. ކޮންމެޔަކަސް އެއީ ﷲ އެބޭކަލަކަށް ވަރަށްގިނަ وَسِيْلة ތަކެއް ދެއްވާފައިވާ ބޭކަލެކެވެ. އެ ވަސީލަތްތަކުގެ ބާރުގައި އެކަލޭގެފާނު ވަރަށްގިނަ ކަންތައްތައް ކުރެއްވިކަމުގައި قرآن ގައި މިވަނީ ﷲ އަހުރެމެންނަށް އަންގަވާފައެވެ. އެގޮތަށް އަހުރެމެން إيمان ވާންޖެހޭނެއެވެ. والله أعلم.
-
18:84
إِنَّا مَكَّنَّا لَهُۥ فِى ٱلْأَرْضِ وَءَاتَيْنَـٰهُ مِن كُلِّ شَىْءٍ سَبَبًا
ʹInnaa makkannaa lahoo fil ʹarḍi wa-ʹaataynaahu miñ kulli shayʹiñ sababaa.
(ﷲ وحي ކުރެއްވިއެވެ.) ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ބިމުގައި تَمْكِيْنُ ކޮށް ދެއްވީމެވެ. އެބަހީ: ކަންތައްތައް ކުރެވޭނެގޮތް ހަމަޖައްސައިދެއްވީމެވެ. އަދި ކޮންމެ ކަމެއްގެ علم އާއި އެކަންވެވޭނެމަގު ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ.
-
18:85
فَأَتْبَعَ سَبَبًا
Faʹatbaʻa sababaa.
- (86) ދެންފަހެ އެކަލޭގެފާނު އެ علم އާއި وسيلة ތަކާއި تبع ވެވަޑައިގެން ދަތުރުފަތުރުކުރައްވާ އިރުއޮއްސޭ ހިސާބަށް ވަޑައިގެންނެވިއެވެ. (އެތަން تفسير ކުރެއްވި ބައެއްބޭކަލުން ވިދާޅުވަނީ އެއީ مغرب ފަރާތުގެ بَرُّ ނިމެންދެން ވަޑައިގެންނެވިކަމަށެވެ. ދެން ކުރިމަތީގައި އޮތީ ކަނޑެވެ. އެއީ مُحِيْطُ الهَادِى އެވެ. ޕެސިފިކް އޯޝަންއެވެ.) އަދި ކަޅުމަށި ފެންގަނޑަކަށް އިރު އޮއްސޭތީ އެކަލޭގެފާނުދެކެވަޑައިގެންނެވިއެވެ. (އެއީ ބަލާބެލުމަށް ފެންނަގޮތްކަމުގައި تفسير علم ވެރިންކުރެ ބައެއްބޭކަލުން ވިދާޅުވެއެވެ. والله أعلم) އަދި އެތަނުން އެކަލޭގެފާނު ބަޔަކުމީހުން ދެކެވަޑައިގެންނެވިއެވެ. (އެއީ ކާފަރުބަޔަކުކަމުގައިވިއެވެ.) (ﷲ وحي ކުރެއްވިއެވެ. ތިމަންރަސްކަލާނގެ އެންގެވީމެވެ.) އޭ ذُوْالْقَرْنَيْنِ އެވެ. އެހެންޏާ ކަލޭގެފާނު އެމީހުންނަށް عذاب ދެއްވުމެވެ. (އެބަހީ: އެމީހުން ﷲ ގެ އެއްކައުވަންތަކަން قبول ނުކޮށް އަދި ކަލޭގެފާނަށް ކިޔަމަންނުވެއްޖެއްޔާ އެމީހުން މެރުމެވެ.) އެހެންޏާ އެމީހުން ހައްޔަރުކޮށް އެމީހުންނަށް ތެދުމަގުދައްކަވާށެވެ. دعوة ދެއްވާށެވެ!
-
18:86
حَتَّىٰٓ إِذَا بَلَغَ مَغْرِبَ ٱلشَّمْسِ وَجَدَهَا تَغْرُبُ فِى عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْمًا ۗ قُلْنَا يَـٰذَا ٱلْقَرْنَيْنِ إِمَّآ أَن تُعَذِّبَ وَإِمَّآ أَن تَتَّخِذَ فِيهِمْ حُسْنًا
Ḥattaaa ʹiẓaa balag̣a mag̣ribash shamsi wajadahaa tag̣rubu fee ʻaynin ḥamiʹatiñw wawajada ʻiñdahaa Q̣awmaa. Q̣ulnaa yaa-Ẓal Q̣arnayni ʹimmaaa ʹañ tuʻaẓẓiba wa-ʹimmaaa ʹañ tattakhiẓa feehim ḥusnaa.
- (86) ދެންފަހެ އެކަލޭގެފާނު އެ علم އާއި وسيلة ތަކާއި تبع ވެވަޑައިގެން ދަތުރުފަތުރުކުރައްވާ އިރުއޮއްސޭ ހިސާބަށް ވަޑައިގެންނެވިއެވެ. (އެތަން تفسير ކުރެއްވި ބައެއްބޭކަލުން ވިދާޅުވަނީ އެއީ مغرب ފަރާތުގެ بَرُّ ނިމެންދެން ވަޑައިގެންނެވިކަމަށެވެ. ދެން ކުރިމަތީގައި އޮތީ ކަނޑެވެ. އެއީ مُحِيْطُ الهَادِى އެވެ. ޕެސިފިކް އޯޝަންއެވެ.) އަދި ކަޅުމަށި ފެންގަނޑަކަށް އިރު އޮއްސޭތީ އެކަލޭގެފާނުދެކެވަޑައިގެންނެވިއެވެ. (އެއީ ބަލާބެލުމަށް ފެންނަގޮތްކަމުގައި تفسير علم ވެރިންކުރެ ބައެއްބޭކަލުން ވިދާޅުވެއެވެ. والله أعلم) އަދި އެތަނުން އެކަލޭގެފާނު ބަޔަކުމީހުން ދެކެވަޑައިގެންނެވިއެވެ. (އެއީ ކާފަރުބަޔަކުކަމުގައިވިއެވެ.) (ﷲ وحي ކުރެއްވިއެވެ. ތިމަންރަސްކަލާނގެ އެންގެވީމެވެ.) އޭ ذُوْالْقَرْنَيْنِ އެވެ. އެހެންޏާ ކަލޭގެފާނު އެމީހުންނަށް عذاب ދެއްވުމެވެ. (އެބަހީ: އެމީހުން ﷲ ގެ އެއްކައުވަންތަކަން قبول ނުކޮށް އަދި ކަލޭގެފާނަށް ކިޔަމަންނުވެއްޖެއްޔާ އެމީހުން މެރުމެވެ.) އެހެންޏާ އެމީހުން ހައްޔަރުކޮށް އެމީހުންނަށް ތެދުމަގުދައްކަވާށެވެ. دعوة ދެއްވާށެވެ!
-
18:87
قَالَ أَمَّا مَن ظَلَمَ فَسَوْفَ نُعَذِّبُهُۥ ثُمَّ يُرَدُّ إِلَىٰ رَبِّهِۦ فَيُعَذِّبُهُۥ عَذَابًا نُّكْرًا
Q̣aala ʹammaa mañ z̤̣alama fasawfa nuʻaẓẓibuhoo s̤umma yuraddu ʹilaa Rabbihee fayuʻaẓẓibuhoo ʻaẓaaban nukraa.
އެކަލޭގެފާނު ދެންނެވިއެވެ. އަނިޔާވެރިވެއްޖެމީހާ - އެބަހީ: شرْكُ މަތީ ދެމިހުރެއްޖެމީހާ - ދަންނައެވެ. ފަހެ ނިކަންހުރެ އެމީހަކަށް އަހުރެން عذاب ދައްކާހުށީމެވެ. މަރާހުށީމެވެ. ދެން އެމީހަކު އެމީހަކުގެ ربّ ގެ حضرة އަށް ފޮނުވާހުށީމެވެ. ދެން އެކަލާނގެ އެމީހަކަށް ގަދަވެގެންވާ عذاب (قيامة ދުވަހުން) ދެއްވާހުއްޓެވެ.
-
18:88
وَأَمَّا مَنْ ءَامَنَ وَعَمِلَ صَـٰلِحًا فَلَهُۥ جَزَآءً ٱلْحُسْنَىٰ ۖ وَسَنَقُولُ لَهُۥ مِنْ أَمْرِنَا يُسْرًا
Wa-ʹammaa man ʹaamana wa-ʻamila ṣaaliḥañ falahoo jazaaaʹanil ḥusnaa, wa-sanaq̣oolu lahoo min ʹamrinaa yusraa.
އަދި އީމާންވެގެން صالح عمل ކުރިމީހާ ދަންނައެވެ. ފަހެ އެމީހަކަށް ރަނގަޅު جزاء ހުއްޓެވެ. އެއީ ސުވަރުގެއެވެ. އަދި އެމީހަކަށް ފަސޭހަ ލުއިގޮތަކަށް އަހުރެން عمل ކުރާހުށީމެވެ. އެއީ ﷲ އާއި ކުއްތަންވެވޭފަދަ عمل ކުރެވޭނެފަދަގޮތަކަށް މަގުދައްކާ معاملة ކުރާހުށީމެވެ.
-
18:89
ثُمَّ أَتْبَعَ سَبَبًا
S̤umma ʹatbaʻa sababaa.
ދެން އެކަލޭގެފާނު އެކަލޭގެފާނުންގެ މަގާއި تبع ވެވަޑައިގެން (އަލުންވެސް ކުރިޔަށް) ވަޑައިގެންފިއެވެ.
-
18:90
حَتَّىٰٓ إِذَا بَلَغَ مَطْلِعَ ٱلشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍ لَّمْ نَجْعَل لَّهُم مِّن دُونِهَا سِتْرًا
Ḥattaaa ʹiẓaa balag̣a maṭliʻash shamsi wajadahaa taṭluʻu ʻalaa q̣awmil lam najʻal lahum miñ doonihaa sitraa.
އެއީ އިރުއަރާތަނާއި ހަމައަށް ވަޑައިގެންފުމަށްދާންދެނެވެ. އެކަލޭގެފާނު ދެކެވަޑައިގެންނެވީ ބަޔަކުމީހުންގެމައްޗަށް އެ އިރުއަރާތީއެވެ. އެމީހުންނާއި އެއިރާއިދެމެދު އެއްވެސް ހުރަހެއް ނިވަލެއް ނުވެއެވެ. (ބުނެވެނީ އެމީހުން އެއުޅޭތަނަކީ އެއްވެސް ފަރުބަދައެއްނެތް އަދި ބިނާއެއް ކުރުމަށް އެކަށީގެންނުވާ ބިމެއްކަމަށެވެ. އިރުއަރާ ހޫނުވީމާ ހަރުހަރުހަދައި އެތަންތަނަށް ވަންނަކަމުގައި ވިއެވެ. ނުވަތަ ފެންފެންގަނޑަށް ގެނބޭކަމުގައިވިއެވެ.)
-
18:91
كَذَٰلِكَ وَقَدْ أَحَطْنَا بِمَا لَدَيْهِ خُبْرًا
Kaẓaalika wa-q̣ad ʹaḥaṭnaa bimaa ladayhi khubraa.
އަދި ހަމަކަށަވަރުން އެރަސްގެފާނުންގެ ކިބައިގައިވާ علم އާއި تجربة ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. (زبدة التفسير) ނުވަތަ އިރުއަރާތާނގައިވާ އެންމެހައި ތަކެތި ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. އެތާނގައިވާ އެންމެހައި خلق ތަކުންވެސް ތިމަންރަސްކަލާނގެއަށް ވަންހަނާވެގެން ނުވެއެވެ. = تفسير الطبري =
-
18:92
ثُمَّ أَتْبَعَ سَبَبًا
S̤umma ʹatbaʻa sababaa,
ދެން އަލުންވެސް އެކަލޭގެފާނު އެކަލޭގެފާނުންގެ މަގާއި تبع ވެވަޑައިގެން (ސަބަބުތަކުގައި ހިއްޕަވައިގެން) ވަޑައިގެންނެވިއެވެ.
-
18:93
حَتَّىٰٓ إِذَا بَلَغَ بَيْنَ ٱلسَّدَّيْنِ وَجَدَ مِن دُونِهِمَا قَوْمًا لَّا يَكَادُونَ يَفْقَهُونَ قَوْلًا
Ḥattaaa ʹiẓaa balag̣a baynas saddayni wajada miñ doonihimaa q̣awmal laa yakaadoona yafq̣ahoona q̣awlaa.
އެއީ ދެފަރުބަދައިގެ ދެމެދަށް ވަޑައިގެންފުމަށްދާންދެނެވެ. އެތަނުން އެކަލޭގެފާނު ބަޔަކުމީހުން ދެކެވަޑައިގެންނެވިއެވެ. މީހުން ދައްކާވާހަކަ فَهْمُ ކުރުމަށް ވިސްނައިގަތުމަށް އެމީހުން ގާތްވެސް ނުވެއެވެ.
-
18:94
قَالُوا۟ يَـٰذَا ٱلْقَرْنَيْنِ إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِى ٱلْأَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلَىٰٓ أَن تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّا
Q̣aaloo yaa-Ẓal Q̣arnayni ʹinna Yaʹjooja wa-Maʹjooja mufsidoona fil ʹarḍi fahal najʻalu laka kharjan ʻalaaa ʹañ tajʻala baynanaa wa-baynahum saddaa?
އެމީހުން ދެންނެވިއެވެ. އޭ ذوالْقَرْنَيْنِ އެވެ. ހަމަކަށަވަރުން يَأْجُوْجُ وَمَأْجُوْج ގެ މީހުންނަކީ ބިމުގައި ފަސާދަކުރާ ބައެކެވެ. އެހެންވެ ކަލޭގެފާނު އަހުރެމެންއަތުން ޖިޒީއެއް (ޓެކްހެއް) ނަންގަވާށެވެ. އެއީ އަހުރެމެންނާއި އެބައިމީހުންނާއިދެމެދު ކަލޭގެފާނު ހުރަހެއް ލައިދެއްވުމުގެ މައްޗަށެވެ.
-
18:95
قَالَ مَا مَكَّنِّى فِيهِ رَبِّى خَيْرٌ فَأَعِينُونِى بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا
Q̣aala maa- makkannee feehi Rabbee khayruñ faʹaʻeenoonee biq̣uwwatin ʹajʻal baynakum wa-baynahum radmaa:
އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންނަށް އަހުރެންގެ ربّ ދެއްވާފައިވާ ބާރާއި ސާމާނު (ކަލޭމެންގެ ޖިޒީއާއި ޓެކްހަށްވުރެ) މާހެޔޮވެގެންވެއެވެ. ކަލޭމެން ބާރުގެގޮތުން އެބަހީ: މަސައްކަތް ހިންގާނެމީހުންގެގޮތުން އަހުރެންނަށް އެހީވެދޭށެވެ. ބޭނުންވަނީ މަސައްކަތް ހިންގާނެމީހުންނެވެ. އޭރުން ކަލޭމެންނާއި އެމީހުންނާއި ދެމެދު އަހުރެން ހުރަހެއް - (ފާރެއް) ލައިދޭނަމެވެ.
-
18:96
ءَاتُونِى زُبَرَ ٱلْحَدِيدِ ۖ حَتَّىٰٓ إِذَا سَاوَىٰ بَيْنَ ٱلصَّدَفَيْنِ قَالَ ٱنفُخُوا۟ ۖ حَتَّىٰٓ إِذَا جَعَلَهُۥ نَارًا قَالَ ءَاتُونِىٓ أُفْرِغْ عَلَيْهِ قِطْرًا
ʹAatoonee zubaral ḥadeed. Ḥattaaa ʹiẓaa saawaa baynaṣ ṣadafayni q̣aalañ fukhoo: ḥattaaa ʹiẓaa jaʻalahoo naarañ q̣aala ʹaatooneee ʹufrig̣ ʻalayhi q̣iṭraa.
ކަލޭމެން އަހުރެންގެގާތަށް ދަގަނޑު ބުރިބުރި (ދަގަނޑުގެ ބައިވަރުތައް) ގެންނާށެވެ. އެއީ ދެފަރުބަދައިގެ ކޮޅާއި ހަމަވާންދެންނެވެ. (ދެން އެމީހުން އެކަންތައް އެގޮތަށް ކުރީމާ ވިދާޅުވިއެވެ.) ދެން ކަލޭމެން އެތަނަށް އަލިފާންލައި ރޯކޮށް ފުމެހަދާށެވެ. އެއީ އެހުރިހާ ދަގަނޑު އަލިފާނަށްވާންދެންނެވެ. ވިރޭންދެންނެވެ. ދެން ވިރުނީމާ ކަލޭމެން އަހުރެންގެގާތަށް އެތަކެތި ގެންނާށެވެ. އަހުރެން އެތަކެތި އެތަނަށް އޮއްސާހުށީމެވެ. (ދެން އެކަލޭގެފާނު އެމީހުންގެ އެހީއާއިއެކު ވަރުގަދަ ބޮޑުފާރެއް ލެއްވީއެވެ. އެމީހުންވަނީ އެފާރުގެ އަނެއްފަރާތުގައެވެ. والله أعلم)\n• ދަންނައެވެ. މިއާޔަތްތަކުގައި بيان ވެގެންވާ يَأجوج ومأجوج މީހުންގެ ވާހަކައާއި އަދި އެމީހުން އެހެންމީހުންގެތެރެއަށް އަޔަނުދިނުމަށް ذوالقرنين ލެއްވި ބޮޑުފާރުގެ ވާހަކަ تفسير ފޮތްތަކާއި تاريخ ފޮތްތަކުގައި އެކި عبارة ން ބަޔާންވެގެންވެއެވެ. އެއީ ދިގު ރިވާޔަތްތަކެކެވެ. އެވާހަކަތައް އަދި އެހެން فرصة އެއްގައި بيان ކުރެވޭތޯ ބަލާނީއެވެ. ކޮންމެއަކަސް މި يَأجوج ومأجوج މީހުން އަދި قيامة قائم ވުމާއި ގާތުގައި ދުނިޔެއަށް އަންނާނެ ވާހަކައާއި އެއީ عمر ދިގު އަދި މީހުން ގިނަ ބައެއްކަމާއި އެމީހުންނަކީ ގިނަބާވަތުގެ އެއްޗެތި ކައިބޮއިހަދާ ބައެއްކަމާއި މިވާހަކަތައްވެސް އެފޮތްތަކުގައި بيان ވެގެންވެއެވެ. މިއާޔަތްތަކުގައި އެވަނީ އޭގެ إشارة ތަކެކެވެ. والله أعلم.
-
18:97
فَمَا ٱسْطَـٰعُوٓا۟ أَن يَظْهَرُوهُ وَمَا ٱسْتَطَـٰعُوا۟ لَهُۥ نَقْبًا
Famas ṭaaʻooo ʹañy yaz̤̣haroohu wa-mas taṭaaʻoo lahoo naq̣baa.
(ذُوا الْقَرْنَيْنِ އެފާރުލައްވާ ނިންމެވީމާ ދެން يَأجوج ومأجوج ގެ މީހުންނަށް އެއްގޮތަކަށްވެސް މީސްތަކުންގެތެރެއަށް އަންނާކަށް ކުޅަދާނައެއް ނުވިއެވެ. އެވާހަކަ ﷲ تعالى وحي ކުރައްވާފައި މިވަނީއެވެ.) އެމީހުންނަށް އެފާރުގެމައްޗަށް އަރާކަށް ކުޅަދާނައެއް ނުވިއެވެ. އަދި އެފާރު ފޫވައްޓައިލާކަށްވެސް ކުޅަދާނަ ނުވިއެވެ.
-
18:98
قَالَ هَـٰذَا رَحْمَةٌ مِّن رَّبِّى ۖ فَإِذَا جَآءَ وَعْدُ رَبِّى جَعَلَهُۥ دَكَّآءَ ۖ وَكَانَ وَعْدُ رَبِّى حَقًّا
Q̣aala haaẓaa raḥmatum mir Rabbee: faʹiẓaa jaaaʹa waʻdu Rabbee jaʻalahoo dakkaaaʹ; wa-kaana waʻdu Rabbee ḥaq̣q̣aa.
(އެރަސްގެފާނު) ވިދާޅުވިއެވެ. މިއީ ތިމަންކަލޭގެފާނުގެ ربّ ގެ رحمة އެކެވެ. ދެންފަހެ އެބައިމީހުން ނުކުތުމަށް ތިމަންކަލޭގެފާނުންގެ ربّ ގެ وعد ފުޅާއި أمر ފުޅުގެ ވަގުތު އައުމުން އެކަލާނގެ އެފާރު ހަލާކުކުރައްވައި ބިމާ ހަމަހަމަކުރައްވާނެތެވެ. އަދި އަހުރެންގެ ربّ ގެ وعد ފުޅު އެއީ حقّ ވެގެންވާ އެއްޗެއްކަމުގައިވިއެވެ. (އެބަހީ: يقين ންވެސް އެކަންވާނެއެވެ. އެމީހުން އެފާރު ހަލާކުކޮށް ނިކުންނާނީ قيامة ވުމާއި ގާތްކޮށެވެ. އެއީ دَجَّالُ ގެފަހުންނެވެ. تفسير ފޮތްތަކުގައި އެވާހަކަ އެގޮތަށްވެއެވެ. والله أعلم)
-
18:99
۞ وَتَرَكْنَا بَعْضَهُمْ يَوْمَئِذٍ يَمُوجُ فِى بَعْضٍ ۖ وَنُفِخَ فِى ٱلصُّورِ فَجَمَعْنَـٰهُمْ جَمْعًا
Wa-taraknaa baʻḍahum Yawmaʹiẓiñy yamooju fee baʻḍiñw wanufikha fiṣ Ṣoori fajamaʻnaahum jamʻaa.
އަދި ތިމަންރަސްކަލާނގެ އެދުވަހުން (يَأجوج ومأجوج ގެ މީހުން އެފާރު ފޫވައްޓާލާފައި ނުކުންނަ ދުވަހުން ނުވަތަ / قيامة ދުވަހުން) އެއްބަޔަކު އަނެއްބަޔަކާ މައްސުނިވެ އެކުވާގޮތަށް އެމީހުން ދޫކޮށްލާހުށީމެވެ. ޖިންނީންނާއި އިންސާނުންވެސް އެކުވެ އެއްތަނެއްގައިވާނެއެވެ. އަދި (قيامة ދުވަހުން) ތާޅަފިލި ފުންމަވާލެވިއްޖެއްޔާ ދެން ތިމަންރަސްކަލާނގެ އެ އެންމެންއެކީ އެކައްޗަކަށް ޖަމާކުރައްވާހުށީމެވެ.
-
18:100
وَعَرَضْنَا جَهَنَّمَ يَوْمَئِذٍ لِّلْكَـٰفِرِينَ عَرْضًا
Wa-ʻaraḍnaa Jahannama Yawmaʹiẓil lilkaafireena ʻarḍaa,―
އަދި އެ قيامة ދުވަހުން ކާފަރުންނަށްޓަކައި ތިމަންރަސްކަލާނގެ ނަރަކަ ހުށަހަޅުއްވާހުށީމެވެ. ހާމަކުރައްވާ ފާޅުކުރައްވާހުށީމެވެ.
-
18:101
ٱلَّذِينَ كَانَتْ أَعْيُنُهُمْ فِى غِطَآءٍ عَن ذِكْرِى وَكَانُوا۟ لَا يَسْتَطِيعُونَ سَمْعًا
ʹAllaẓeena kaanat ʹaʻyunuhum fee g̣iṭaaaʹin ʻañ ẓikree wakaanoo laa- yastaṭeeʻoona samʻaa.
އެމީހުންނަކީ އެމީހުންގެ (ހިތުގެ) ލޯތައް ތިމަންރަސްކަލާނގެއަށް ذِكْرُ ކުރުމާއި حقّ ބަސް قبول ކުރުމުން މުޅިން ނިވައިވެ އަނދިރިވެގެންވާ މީހުންނެވެ. އަދި އެއްވެސް حقّ ބަހެއް އަދި دليل އެހުމަށް ކުޅަދާނަވެގެންނުވާ ބަޔަކުކަމުގައި އެމީހުންވިއެވެ.
-
18:102
أَفَحَسِبَ ٱلَّذِينَ كَفَرُوٓا۟ أَن يَتَّخِذُوا۟ عِبَادِى مِن دُونِىٓ أَوْلِيَآءَ ۚ إِنَّآ أَعْتَدْنَا جَهَنَّمَ لِلْكَـٰفِرِينَ نُزُلًا
ʹAfaḥasibal laẓeena kafarooo ʹañy yattakhiẓoo ʻibaadee miñ dooneee ʹawliyaaaʹ? ʹInnaaa ʹaʻtadnaa Jahannama lil-kaafireena nuzulaa.
އަދި ތިމަންރަސްކަލާނގެ صالح އަޅުން (ملائكة ބޭކަލުންނާ عيسى عليه السّلام ފަދަ صالح އަޅުން) ތިމަންރަސްކަލާނގެ ފިޔަވައި އެމީހުންގެ وَلِيُّ ންކަމުގައި ހިފައި إختيار ކުރުމަށް ކާފަރުންގެ މީހުން ހީކުރަނީހެއްޔެވެ؟ (އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އެބޭކަލުންނަކީ އެކާފަރުންގެ عداوة ތެރިންނެވެ.) އަދި ކާފަރުވީ މީސްތަކުން قيامة ދުވަހުން ފައިބައިތިބޭ މެހްމާންޚާނާއެއްކަމުގައި ތިމަންރަސްކަލާނގެ ނަރަކަ ތައްޔާރުކުރީމެވެ.
-
18:103
قُلْ هَلْ نُنَبِّئُكُم بِٱلْأَخْسَرِينَ أَعْمَـٰلًا
Q̣ul hal nunabbiʹukum̃ bilʹakhsareena ʹaʻmaalaa?
(އޭ رسول ﷲ އެވެ.) عمل ގައި އެންމެ ގެއްލުންބޮޑުވެގެންވާ ބައެއްގެ خبر ކަލޭމެންނަށް ތިމަންކަލޭގެފާނު ދެއްވަންތޯއެވެ؟ މިހެން ވިދާޅުވާށެވެ.
-
18:104
ٱلَّذِينَ ضَلَّ سَعْيُهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا
ʹAllaẓeena ḍalla saʻyuhum fil ḥayaatid dunyaa wa-hum yaḥsaboona ʹannahm yuḥsinoona ṣunʻaa?
އެމީހުންނަކީ ދުނިޔޭގެ حياة ގައި އެއްވެސް ތެދުމަގެއްނެތި މަގުފުރެދުމުގައި عمل ކުރި މީހުންނެވެ. އަދި އެމީހުން ހީކުރަނީ ހަމަކަށަވަރުން އެމީހުން އެކުރަނީ ހަމަ ހެޔޮކަންތައްކަމަށެވެ.
-
18:105
أُو۟لَـٰٓئِكَ ٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ رَبِّهِمْ وَلِقَآئِهِۦ فَحَبِطَتْ أَعْمَـٰلُهُمْ فَلَا نُقِيمُ لَهُمْ يَوْمَ ٱلْقِيَـٰمَةِ وَزْنًا
ʹUlaaaʹikal laẓeena kafaroo biʹAayaati Rabbihim wa-Liq̣aaaʹihee faḥabiṭat ʹaʻmaaluhum falaa nuq̣eemu lahum Yawmal Q̣iyaamati waznaa.
އެމީހުންނަކީ އެމީހުންގެ ربّ ގެ އާޔަތްތަކަށާއި އަދި އެކަލާނގެއާއި ބައްދަލުވާނޭކަމާމެދު އެބަހީ: آخرة ދުވަސް އަންނާނެކަމާމެދު ކާފަރުވެގެންވާ މީހުންނެވެ. ދެންފަހެ އެމީހުން ކުރި އެންމެހައި ހެޔޮ عمل باطل ވެގެންވެއެވެ. އަދި قيامة ދުވަހުން އެމީހުންގެ ހެޔޮ عمل ގެ އެއްވެސް ثواب އެއް ތިމަންރަސްކަލާނގެ ބަރުނުކުރައްވާހުށީމެވެ.
-
18:106
ذَٰلِكَ جَزَآؤُهُمْ جَهَنَّمُ بِمَا كَفَرُوا۟ وَٱتَّخَذُوٓا۟ ءَايَـٰتِى وَرُسُلِى هُزُوًا
Ẓaalika jazaaaʹuhum Jahannamu bimaa kafaroo wattakhaẓooo ʹAayaatee wa-Rusulee huzuwaa.
އެމީހުން އެގޮތަށް ކަންތައްކުރުމުން އެމީހުންގެ جزاء އަކީ ނަރަކައެވެ. އެއީ އެމީހުން ކާފަރުވުމުގެ ސަބަބުންނެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތަކާއި ތިމަންރަސްކަލާނގެ رسول ން އެއީ މަލާމާތްކުރެވޭ ފުރައްސާރަކުރެވޭ އެއްޗަކަށް އެމީހުން ހަދައިލުމުގެ ސަބަބުންނެވެ.
-
18:107
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ كَانَتْ لَهُمْ جَنَّـٰتُ ٱلْفِرْدَوْسِ نُزُلًا
ʹInnal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati kaanat lahum Jannaatul Firdawsi nuzulaa,
ހަމަކަށަވަރުން إيمان ވެގެން صالح عمل ކުރިމީހުން (ދަންނައެވެ.) އެމީހުން قيامة ދުވަހުން ފައިބައިތިބޭ މެހްމާން ޚާނާއަކީ (ގެސްޓް ހައުސް އަކީ) فردوس އެވެކިއުނު ސުވަރުގެކަމުގައިވިއެވެ. (فردوس ގެ މާނައަކީ ބަހުގެ މާނައަށް ބަލާއިރު ގަސްތަކުގެ ގޮފިތައް ގައިގޯޅިވެގެންވާ ގަސްތަކެވެ. މައިގަނޑު އެއްޗަކަށް ހުންނާނީ މޭބިސްކަދުރެވެ. އެއީ رُومى ބަހުން ބަގީޗާއެވެ. زيدة التفسير = فردوس އެއީ ސުވަރުގޭގެ ދަރަޖަތަކުން އެންމެ މަތީ ދަރަޖައެވެ. އެއީ ސުވަރުގޭގެ މެދުގައިވާތަނެކެވެ. رحمن ވަންތަ ﷲ ގެ عرش ފުޅުވަނީ އެދިމާ މަތީގައެވެ. ސުވަރުގޭގެ އާރުތައް ފެށިގެން އަންނަނީ އެތަނުންނެވެ. = طبري = )
-
18:108
خَـٰلِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًا
Khaalideena feehaa laa- yabg̣oona ʻanhaa ḥiwalaa.
ދެންފަހެ މިސުވަރުގޭގައިވާމީހުން އެތާ ދެމިތިބޭހުއްޓެވެ. އެމީހުން އެތަނުން އެހެންތާކަށް ދާކަށް ނޭދޭނެއެވެ.
-
18:109
قُل لَّوْ كَانَ ٱلْبَحْرُ مِدَادًا لِّكَلِمَـٰتِ رَبِّى لَنَفِدَ ٱلْبَحْرُ قَبْلَ أَن تَنفَدَ كَلِمَـٰتُ رَبِّى وَلَوْ جِئْنَا بِمِثْلِهِۦ مَدَدًا
Q̣ul law kaanal baḥru midaadal li-Kalimaati Rabbee lanafidal baḥru q̣abla ʹañ tañfada Kalimaatu Rabbee wa-law jiʹnaa bimis̤lihee madadaa.
(އޭ رسول ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ ربّ ގެ كلمة ފުޅުތައް ލިއުމަށް ދެއްޔެއްކަމުގައި ކަނޑުވެފައި އަދި އެކަނޑުހާދެލި އަދި އިތުރަށް ގެނަޔަސް އަހުރެންގެ ربّ ގެ كلمة ފުޅުތައްލިޔެ ހުސްވުމުގެކުރިން އެކަނޑުތަކާއި ދެލިހުސްވާނެކަން ކަށަވަރެވެ. (كلمة ފުޅު އެހާގިނަވާނެއެވެ.)
-
18:110
قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ ۖ فَمَن كَانَ يَرْجُوا۟ لِقَآءَ رَبِّهِۦ فَلْيَعْمَلْ عَمَلًا صَـٰلِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِۦٓ أَحَدًۢا
Q̣ul ʹinnamaaa ʹana basharum mis̤lukum yooḥaaa ʹilayya ʹannamaaa ʹIlaahukum ʹIlaahuñw Waaḥid: famañ kaana yarjoo Liq̣aaaʹa Rabbihee falyaʻmal ʻamalañ ṣaalihañw walaa yushrik biʻibaadati Rabbiheee ʹaḥadaa.
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުވާކަން ކަށަވަރީ ހަމަ ކަލޭމެންކަހަލަ آدم ގެދަރިއަކުކަމުގައެވެ. (އެކަމަކު) ތިމަންކަލޭގެފާނަށް وحي އިއްވެވެއެވެ. (އެ وحي ގައިވެއެވެ.) ހަމަކަށަވަރުން ކަލޭމެންގެ إله ވާކަން ކަށަވަރީ އެންމެ إله އަކުކަމުގައެވެ. ފަހެ އެމީހަކު އެމީހަކުގެ ربّ އާއި ބައްދަލުވުމަށް އެދޭމީހާ ނުވަތަ އެކަމަށް ބިރުވެތިވާމީހާ ފަހެ އެމީހާ صالح عمل ކުރާހުށިކަމެވެ. އަދި އޭނާ އޭނާގެ ربّ ގެ އަޅުކަމުގައި އެބަހީ: އޭނާގެ ربّ އަށްކުރާ އަޅުކަމުގައި ހަމައެކަކުވެސް، އެކައްޗެއްވެސް ބައިވެރިނުކުރާށެވެ. އެކަލާނގެއަށް شريك ނުކުރާށެވެ! • ދަންނައެވެ. صالح عمل އަކީ: އެ عمل އެއްގައި ތިން شرط އެއް ފުރިހަމަވެގެންވާ عمل އެވެ. އެއީ (1) ﷲ އަށް إخلاص ތެރިކަމާއިއެކު އެއްވެސް شِرْك އެއް ބައިވެރިވެގެންނުވާ عمل އަކަށްވުން. (2) رسول ﷲ ﷺ ގެ سنّة ގައިވާގޮތަށް އުނިއިތުރު ނުކޮށް އެ عمل އެއް އޮތުން. (3) އެ عمل އަކީ مسلم އަކުކުރި عمل އަކަށްވުން މިއެވެ. މިތިން شرط ންކުރެ شرط އެއް އުނިވެއްޖެނަމަ އެ عمل އަކީ صالح عمل އެއްނޫނެވެ.
Surah MaryamBegins here at 19:1
-
19:1
كٓهيعٓصٓ
Kaaaf-Haa-Yaa-ʻAyyyñ-Ṣaaad.
كهيعص (މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
-
19:2
ذِكْرُ رَحْمَتِ رَبِّكَ عَبْدَهُۥ زَكَرِيَّآ
Ẓikru Raḥmati Rabbika ʻabdahoo Zakariyyaa.
(އޭ رسول ﷲ އެވެ.) މިއީ ކަލޭގެފާނުންގެ ربّ އެކަލާނގެ އަޅާ زكريا عليه السّلام އަށް ލެއްވި رحمة ގެ ވާހަކަ بيان ކޮށްދެއްވުމުގެ ވާހަކައެވެ.
-
19:3
إِذْ نَادَىٰ رَبَّهُۥ نِدَآءً خَفِيًّا
ʹIẓ naadaa Rabbahoo nidaaaʹan khafiyyaa.
އެކަލޭގެފާނު يعني: زكريا عليه السّلام އެކަލޭގެފާނުންގެ ربّ އަށް ވަންހަނާ ސިއްރުގޮތެއްގައި دعاء ދެންނެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ.)
-
19:4
قَالَ رَبِّ إِنِّى وَهَنَ ٱلْعَظْمُ مِنِّى وَٱشْتَعَلَ ٱلرَّأْسُ شَيْبًا وَلَمْ أَكُنۢ بِدُعَآئِكَ رَبِّ شَقِيًّا
Q̣aala Rabbi ʹinnee wahanal ʻaz̤̣mu minnee washtaʻalar raʹsu shaybañw walam ʹakum biduʻaaaʹika Rabbi shaq̣iyyaa!
އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާގެ ކަށިތައް ބަލިކަށިވެ ضعيف ވެއްޖެއެވެ. (މުސްކުޅިވެގެންގޮސް) މިއަޅާގެ ބޮލުގައި ނުރަޖަހައި ނުރަގިނަވެއްޖެއެވެ. އޭ އަޅުގެ ربّ އެވެ. (މީގެކުރީގައިވެސް) އިބަރަސްކަލާނގެއަށް މިއަޅާ ދަންނަވާ دعاء ގައި އަބާއްޖަވެރި ނާކާމިޔާބު އަޅަކުކަމުގައި މިއަޅާ ނުވެއެވެ.
-
19:5
وَإِنِّى خِفْتُ ٱلْمَوَٰلِىَ مِن وَرَآءِى وَكَانَتِ ٱمْرَأَتِى عَاقِرًا فَهَبْ لِى مِن لَّدُنكَ وَلِيًّا
Wa-ʹinnee khiftul mawaaliya miñw waraaaʹee wa-kaanat imraʹatee ʻaaq̣irañ fahab lee mil laduñka waliyyaa,―
އަދި ހަމަކަށަވަރުން މިއަޅާ މަރުވުމަށްފަހު މިއަޅާގެ ބޮޑުބޭބެދަރިންނާއި ގާތްމީހުން (دين އަށް ފަރުވާތެރިނުވެ އަދި دين އަށް عمل ނުކޮށްފާނެކަމަށް) މިއަޅާ ބިރުވެތިވެއްޖައީމެވެ. އަދި މިއަޅާގެ އަންހެނުންނަކީ ދަރިން ނުލިބޭ މީހަކުކަމުގައިވިއެވެ. ފަހެ އެހެންވެ މިއަޅާއަށް އިބަރަސްކަލާނގެ حضرة ން ولى އަކު ދެއްވާނދޭވެ. ދަރިކަލަކު ދެއްވާނދޭވެ.
-
19:6
يَرِثُنِى وَيَرِثُ مِنْ ءَالِ يَعْقُوبَ ۖ وَٱجْعَلْهُ رَبِّ رَضِيًّا
Yaris̤unee wa-yaris̤u min ʹaali Yaʻq̣ooba wajʻalhu Rabbi raḍiyyaa!
އެދަރިކަލުން މިއަޅާގެ މުދާވާރުތަކޮށް އަދި يعقوب عليه السّلام ގެ آل ންގެފަރާތުން نبي ކަން ވާރުތަކުރައްވާ ދަރިކަލަކުކަމުގައި ލައްވާނދޭވެ. އަދި އޭ އަޅުގެ ربّ އެވެ. އަދި އެދަރިކަލުންނަކީ ރުހެވިގެންވާ ދަރިކަލަކުކަމުގައި ލައްވާނދޭވެ. (އެބަހީ: އެދަރިކަލުންނާއިމެދު އިބަރަސްކަލާނގެ ރުހިވޮޑިގެންވާ އަދި އިބަރަސްކަލާނގެ އަޅުތަކުންވެސް ރުހޭ ދަރިކަލަކު ކަމުގައި ލައްވާނދޭވެ.)
-
19:7
يَـٰزَكَرِيَّآ إِنَّا نُبَشِّرُكَ بِغُلَـٰمٍ ٱسْمُهُۥ يَحْيَىٰ لَمْ نَجْعَل لَّهُۥ مِن قَبْلُ سَمِيًّا
Yaa-Zakariyyaaa ʹinnaa nubashshiruka big̣ulaamin ismuhoo Yaḥyaa lam najʻal lahoo miñ q̣ablu samiyyaa.
(ﷲ تعالى އެކަލޭގެފާނުންގެ دعاء އިޖާބަކުރައްވައި އެކަލޭގެފާނަށް وحي ކުރެއްވިއެވެ.) އޭ زكريّا (عليه السّلام) އެވެ. ހަމަކަށަވަރުން ކަލޭގެފާނަށް ދަރިކަލަކުދެއްވާނެކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވަމެވެ. އެދަރިކަލުންގެ ނަންފުޅަކީ يحيى އެވެ. އަދި އެނަން މީގެކުރީގައި އެއްވެސްމީހަކަށް ތިމަންރަސްކަލާނގެ ލައްވާފައިނުވާނެއެވެ. ނުވަތަ އެކަލޭގެފާނާ އެއްފަދަ އެކަކުވެސް ތިމަންރަސްކަލާނގެ މީގެކުރީގައި ނުލައްވަމެވެ.
-
19:8
قَالَ رَبِّ أَنَّىٰ يَكُونُ لِى غُلَـٰمٌ وَكَانَتِ ٱمْرَأَتِى عَاقِرًا وَقَدْ بَلَغْتُ مِنَ ٱلْكِبَرِ عِتِيًّا
Q̣aala Rabbi ʹannaa yakoonu lee g̣ulaamuñw wakaanatim raʹatee ʻaaq̣irañw Waq̣ad balag̣tu minal kibari ʻitiyyaa?
އެކަލޭގެފާނު يعني: زكريّا (عليه السّلام) ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. މިއަޅާއަށް ދަރިކަލަކު ވާނީ ކޮންފަދައަކުންތޯއެވެ؟ މިއަޅާގެ އަންހެނުން ދަރިންނުވިހާ މީހަކު ކަމުގައިވިއެވެ. އަދި މިއަޅާ މުސްކުޅިވެ ދުވަސްވެގެންގޮސް ކަށިތައް މުޅިން ބަލިކަށިވެގެންވެއެވެ.
-
19:9
قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَىَّ هَيِّنٌ وَقَدْ خَلَقْتُكَ مِن قَبْلُ وَلَمْ تَكُ شَيْـًٔا
Q̣aala kaẓaalik: q̣aala Rabbuka huwa ʻalayya hayyinuñw waq̣ad khalaq̣tuka miñ q̣ablu wa-lam taku shayʹaa!
އެކަލާނގެ وحي ކުރެއްވިއެވެ. (ނުވަތަ މަލާއިކަތާ ވިދާޅުވިއެވެ.) ކަންތައްހުރީ އެފަދައިންނެވެ. ކަލޭގެފާނުންގެ ربّ وحي ކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަކަމެކެވެ. އެހެނީ ހަމަކަށަވަރުން މީގެކުރިން ތިމަންރަސްކަލާނގެ ކަލޭގެފާނު ހެއްދެވީ ކަލޭގެފާނުންގެ އެއްވެސް އަސަރެއްނެތިއެވެ.
-
19:10
قَالَ رَبِّ ٱجْعَل لِّىٓ ءَايَةً ۚ قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَـٰثَ لَيَالٍ سَوِيًّا
Q̣aala Rabbij ʻal leee ʹAayah. Q̣aala ʹAayatuka ʹallaa tukalliman naasa s̤alaas̤a layaaliñ sawiyyaa.
އެކަލޭގެފާނުން ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. މިއަޅާއަށް އެކަމުގެ علامة އެއް ލައްވައިދެއްވާންދޭވެ! އެކަލާނގެ وحي ކުރެއްވިއެވެ. އެކަމުގައި ކަލޭގެފާނަށްވާ علامة އަކީ ރަނގަޅަށް ސާފުކޮށް ތިންރޭވާންދެން މީސްތަކުންނާއި ވާހަކަފުޅު ނުދެއްކެވުމަށެވެ. (ދުލުގައި ދަތިކަމެއްހުރެގެން އިޝާރާތުން މީސްތަކުންނާއި ވާހަކަފުޅުދެއްކެވުމެވެ.)
-
19:11
فَخَرَجَ عَلَىٰ قَوْمِهِۦ مِنَ ٱلْمِحْرَابِ فَأَوْحَىٰٓ إِلَيْهِمْ أَن سَبِّحُوا۟ بُكْرَةً وَعَشِيًّا
Fakharaja ʻalaa q̣awmihee minal miḥraabi faʹawḥaaa ʹilayhim ʹañ sabbiḥoo bukratañw waʻashiyyaa.
ދެންފަހެ އެކަލޭގެފާނު مِحْرَاب ން (ނަމާދުކުރައްވާ އަޅުކަންކުރައްވާތަނުން) ނުކުމެވަޑައިގެންފިއެވެ. އަދި ހެނދުނާއި ހަވީރު އެމީހުން تسبيح ކިއުމަށް އެކަލޭގެފާނު އެމީހުންނަށް (އިޝާރަތުން) އެންގެވިއެވެ.
-
19:12
يَـٰيَحْيَىٰ خُذِ ٱلْكِتَـٰبَ بِقُوَّةٍ ۖ وَءَاتَيْنَـٰهُ ٱلْحُكْمَ صَبِيًّا
Yaa-Yaḥyaa khuẓil Kitaaba biq̣uwwah: wa-ʹaataynaahul Ḥukma ṣabiyyaa.
(ދެންފަހެ زكريّا عليه السّلام ގެފާނަށް يحيى ގެފާނު ލިބިވަޑައިގެންފިއެވެ.) އެހިނދު ﷲ تعالى އެކަލޭގެފާނަށް وحي ކުރެއްވިއެވެ. އޭ يحيى އެވެ. ކަލޭގެފާނު ފޮތުގައި يعني: توراة ގައި ގަދައަށް ހިފަހައްޓަވާށެވެ! އެބަހީ: އެފޮތުގައިވާގޮތަށް ރަނގަޅަށް عمل ކުރައްވާށެވެ! އަދި އޭ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ އެކަލޭގެފާނު ތުއްޕުޅުއިރު އެކަލޭގެފާނަށް حكم ދެއްވީމެވެ. ފޮތަށް ވިސްނާ فكر ކުރެއްވުމުގެ ބާރުދެއްވީމެވެ.
-
19:13
وَحَنَانًا مِّن لَّدُنَّا وَزَكَوٰةً ۖ وَكَانَ تَقِيًّا
Waḥanaanam mil ladunnaa wazakaah: wa-kaana taq̣iyyaa,
އެއީ ތިމަންރަސްކަލާނގެ حضرة ންވާ رحمة އެއްގެގޮތުންނެވެ. ނުވަތަ ތިމަންރަސްކަލާނގެ حضرة ންވާ ލޯބިވެތިކަމާއި މާތްކަމެއްގެގޮތުންނެވެ. އަދި ފާފައިން طاهر ވެވަޑައިގެން صالح عمل ކުރައްވާ ބޭކަލެއްގެ ގޮތުންނެވެ. ފަހެ އެކަލޭގެފާނު ވެވަޑައިގެންނެވީ تقوى ވެރި މާތް ބޭކަލަކު ކަމުގައެވެ.
-
19:14
وَبَرًّۢا بِوَٰلِدَيْهِ وَلَمْ يَكُن جَبَّارًا عَصِيًّا
Wa-barram biwaalidayhi wa-lam yakuñ jabbaaran ʻaṣiyyaa.
އަދި އެކަލޭގެފާނުންގެ މައިންބަފައިންނަށް ހެޔޮ އަދި ކިޔަމަންތެރި ބޭކަލަކުކަމުގައި ވިއެވެ. އަދި ބޮޑާ، ނުކިޔަމަންތެރި ބޭކަލަކުކަމުގައި އެކަލޭގެފާނު ވެވަޑައިނުގަންނަވައެވެ.
-
19:15
وَسَلَـٰمٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَمُوتُ وَيَوْمَ يُبْعَثُ حَيًّا
Wa-Salaamun ʻalayhi yawma wulida wa-yawma yamootu wa-yawma yubʻas̤u ḥayyaa!
އަދި އެކަލޭގެފާނު ރައްކައުވިދުވަހުގައްޔާއި އަދި އަވަހާރަވާދުވަހުގައްޔާއި އަދި އެކަލޭގެފާނު އަލުން ދިރުއްވައި محشر އަށް ފޮނުވޭދުވަހުވެސް އެކަލޭގެފާނުންގެ މައްޗަށް ސަލާމަތްކަމާއި އަމާންކަންހުއްޓެވެ.
-
19:16
وَٱذْكُرْ فِى ٱلْكِتَـٰبِ مَرْيَمَ إِذِ ٱنتَبَذَتْ مِنْ أَهْلِهَا مَكَانًا شَرْقِيًّا
Waẓkur fil Kitaabi Maryam. ʹIẓiñ tabaẓat min ʹahlihaa makaanañ sharq̣iyyaa.
(އޭ رسول ﷲ އެވެ.) މި ކީރިތި قرآن ން مَرْيَم ގެފާނުންގެ ވާހަކަ މީސްތަކުންނަށް ކަލޭގެފާނު ވިދާޅުވެދެއްވާށެވެ! އެކަމަނާ އެކަމަނާގެ أهل ވެރިންނާއި ދުރަށް مِحْرَاب ގެ އިރުމަތި ފަރާތަށް ނުކުމެވަޑައިގެން އެކަނިވެވަޑައިގެންނެވިހިނދުން (ކަންވީގޮތް ހަނދުމަފުޅު ކުރައްވާށެވެ!)
-
19:17
فَٱتَّخَذَتْ مِن دُونِهِمْ حِجَابًا فَأَرْسَلْنَآ إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرًا سَوِيًّا
Fattakhaẓat miñ doonihim ḥijaabaa. Faʹarsalnaaa ʹilayhaa rooḥanaa fatamas̤s̤ala lahaa basharañ sawiyyaa.
ފަހެ އެކަމަނާ އެމީހުން ފިޔަވައި އެބަހީ: އެކަމަނާގެ أهل ވެރިން ފިޔަވައި އެމީހުންނަށް ނުފެންނާނެގޮތުން ނިވައެއް ހިއްޕެވިއެވެ. އެމީހުންނަށް ނުފެންނަގޮތަށް ނިވަޔަކަށް ވަޑައިގެންނެވިއެވެ. ދެންފަހެ ތިމަންރަސްކަލާނގެ އެކަމަނާގެ އަރިހަށް ތިމަންރަސްކަލާނގެ رُوح ފޮނުއްވީމެވެ. އެބަހީ: جِبريل عليه السّلام ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު އެކަމަނާގެ ކުރިފުޅުމަތީގައި ފުރިހަމަ آدم ގެދަރިއެއްފަދައިން ފައުޅުވެވަޑައިގެންނެވިއެވެ.
-
19:18
قَالَتْ إِنِّىٓ أَعُوذُ بِٱلرَّحْمَـٰنِ مِنكَ إِن كُنتَ تَقِيًّا
Q̣aalat ʹinneee ʹaʻooẓu bir-Raḥmaani miñka ʹiñ kuñta taq̣iyyaa.
އެކަމަނާ (އެކަލޭގެފާނަށް) ދެންނެވިއެވެ. ހަމަކަށަވަރުން ކަލޭގެކިބައިން ސަލާމަތްކޮށްދެއްވުންއެދި رحمن ވަންތަ ކަލާނގެ حضرة ން އަހުރެން حماية އާއި ރައްކާތެރިކަން ލިބިގަންނަމެވެ. ކަލެއަކީ تقوى ވެރި މާތްމީހަކުކަމުގައިވަންޏާއެވެ. (އޭރު އެއީ ކާކު ކަމެއް އެކަމަނާއަށް އެގިވަޑައިނުގަންނަވައެވެ.)
-
19:19
قَالَ إِنَّمَآ أَنَا۠ رَسُولُ رَبِّكِ لِأَهَبَ لَكِ غُلَـٰمًا زَكِيًّا
Q̣aala ʹinnamaaa ʹana rasoolu Rabbiki liʹahaba laki g̣ulaamañ zakiyyaa.
އެކަލޭގެފާނު ދެންނެވިއެވެ. ހަމަކަށަވަރުން އަހުރެންނަކީ ކަމަނާއަށް طاهر ދަރިކަލަކު ދެއްވުމަށް ކަމަނާގެ ربّ ފޮނުއްވި رسول އަކީމެވެ.
-
19:20
قَالَتْ أَنَّىٰ يَكُونُ لِى غُلَـٰمٌ وَلَمْ يَمْسَسْنِى بَشَرٌ وَلَمْ أَكُ بَغِيًّا
Q̣aalat ʹannaa yakoonu lee g̣ulaamuñw walam yamsasnee basharuñw walam ʹaku bag̣iyyaa?
އެކަމަނާ ވިދާޅުވިއެވެ. އަހުރެންނަށް ދަރިކަލަކުވާނީ ކޮންފަދައަކުންހެއްޔެވެ؟ އެހެނީ އަހުރެންގެ ގައިގާ آدم ގެދަރިއަކު ނުބީހެއެވެ. އަދި ޒިނޭކުރާމީހަކުކަމުގައި އަހުރެން ނުވެއެވެ.
-
19:21
قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَىَّ هَيِّنٌ ۖ وَلِنَجْعَلَهُۥٓ ءَايَةً لِّلنَّاسِ وَرَحْمَةً مِّنَّا ۚ وَكَانَ أَمْرًا مَّقْضِيًّا
Q̣aala kaẓaalik: q̣aala Rabbuki huwa ʻalayya hay-yin: wa-linajʻalahooo ʹAayatal linnaasi wa-Raḥmatam minnaa: wa-kaana ʹamram maq̣ḍiyyaa.
އެކަލޭގެފާނު ވިދާޅުވިއެވެ. ކަންތައްހުރީ ކަމަނާ ތިޔަވިދާޅުވާގޮތަށެވެ. (ކަމަނާގެ ގައިގާ آدم ގެދަރިއަކު ނުބީހެއެވެ. އަދި ކަމަނާއަކީ ޒިނޭކުރާ މީހެއްނޫނެވެ.) ނަމަވެސް ކަމަނާގެ ربّ وحي ކުރެއްވީ އެކަމަކީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެއްކަމަށެވެ. (އެބަހީ: ކަމަނާއަށް ދަރިކަލަކު ދެއްވުމަކީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެއްކަމަށެވެ.) އަދި އެދަރިކަލުން ތިމަންރަސްކަލާނގެ ލައްވާހުށީ މީސްތަކުންނަށްވާ (ތިމަންރަސްކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) علامة އެއްކަމުގައެވެ. އަދި ތިމަންރަސްކަލާނގެ حضرة ންވާ رحمة އެއްކަމުގައެވެ. އަދި އެކަމަކީ ﷲ ގެ علم ފުޅުގައި ނިޔާކުރެވިގެންވާ ކަމެއްކަމުގައިވިއެވެ.
-
19:22
۞ فَحَمَلَتْهُ فَٱنتَبَذَتْ بِهِۦ مَكَانًا قَصِيًّا
Faḥamalathu fañtabaẓat bihee makaanañ q̣aṣiyyaa.
ދެންފަހެ އެކަމަނާ އެދަރިކަލުންނާއިގެން އާލާސްވެ އިންނަވައިފިއެވެ. (އެދަރިކަލުންނަކީ عيسى عليه السّلام އެވެ.) އަދި އެކަމަނާ އެކަމަނާގެ ބަނޑުފުޅުގައިވާ އެދަރިކަލުންނާއިގެން ދުރު ހިސާބަކަށް ވަޑައިގެން މީސްތަކުންނާއި ވަކިވެވަޑައިގެންފިއެވެ.
-
19:23
فَأَجَآءَهَا ٱلْمَخَاضُ إِلَىٰ جِذْعِ ٱلنَّخْلَةِ قَالَتْ يَـٰلَيْتَنِى مِتُّ قَبْلَ هَـٰذَا وَكُنتُ نَسْيًا مَّنسِيًّا
Faʹajaaaʹahal makhaaḍu ʹilaa jiẓʻin nakhlah; q̣aalat yaa-laytanee mittu q̣abla haaẓaa wa-kuñtu nasyam mañsiyyaa!
އަދި ކަދުރު ރުކެއްގެގާތުގައި އެކަމަނާ ރައްކާވުމުގެ ވޭންވަރުފުޅުއަތުވެއްޖެއެވެ. އެކަމަނާ ވިދާޅުވިއެވެ. އަހުރެންނަށް މިކަންޖެހުމުގެ ކުރިން އަހުރެން މަރުވެގެންގޮސް (މީސްތަކުންގެ ހިތްތަކުން) އަހުރެން އެކީއެކައްޗަކަށް ހަނދާނެތުނު މީހަކުކަމުގައިވީނަމަ ކޮންފަދަ ރަނގަޅުވީސްހެއްޔެވެ؟ (އަދި އެކަމަނާ عيسى عليه السّلام އާއިގެން ރައްކައުވެވަޑައިގެންނެވިއެވެ.)
-
19:24
فَنَادَىٰهَا مِن تَحْتِهَآ أَلَّا تَحْزَنِى قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا
Fanaadaahaa miñ taḥtihaaa ʹallaa taḥzanee q̣ad jaʻala Rabbuki taḥtaki sariyyaa;
ދެންފަހެ އެކަމަނާގެދަށުން ނުވަތަ އެކަމަނާގެ ތިރިން ނުވަތަ ފަހަތުން އެކަމަނާއަށް ނިދާއިއްވެވުނެވެ. އެކަމަނާއަށް ގޮވާލެއްވުނެވެ. ކަމަނާ ހިތާމަފުޅު ނުކުރައްވާށެވެ! ހަމަކަށަވަރުން ކަމަނާގެ ربّ ކަމަނާގެ ތިރީގައި ތިޔަވަނީ ފެންކޯރެއް ލައްވާފައެވެ.
-
19:25
وَهُزِّىٓ إِلَيْكِ بِجِذْعِ ٱلنَّخْلَةِ تُسَـٰقِطْ عَلَيْكِ رُطَبًا جَنِيًّا
Wa-huzzeee ʹilayki bijiẓʻin nakhlati tusaaq̣iṭ ʻalayki ruṭabañ janiyyaa.
އަދި ކަމަނާ ކަދުރުރުއް ކަމަނާގެގާތަށް ދަންމަވާ ހަލުވާލައްވާށެވެ! އޭރުން ކަމަނާއަށް ފައްކާވެފައިވާ މޮޅު މަޑު ކަދުރު ފައިބާނެއެވެ.
-
19:26
فَكُلِى وَٱشْرَبِى وَقَرِّى عَيْنًا ۖ فَإِمَّا تَرَيِنَّ مِنَ ٱلْبَشَرِ أَحَدًا فَقُولِىٓ إِنِّى نَذَرْتُ لِلرَّحْمَـٰنِ صَوْمًا فَلَنْ أُكَلِّمَ ٱلْيَوْمَ إِنسِيًّا
Fakulee washrabee wa-q̣arree ʻaynaa. Faʹimmaa tarayinna minal bashari ʹaḥadañ faq̣ooleee ʹinnee naẓartu lir-Raḥmaani ṣawmañ falan ʹukallimal yawma ʹiñsiyyaa.
ފަހެ ކަމަނާ ކަދުރު ފަރީކުޅުއްވައި ފެންފޮދު ހިއްޕަވައި ހިތްޕުޅު ހަމަޖައްސަވާށެވެ. އަދި ކަމަނާއަށް އާދަމުގެދަރިއަކު ފެނިވަޑައިގެންފިއްޔާ "އަހުރެން މިހުރީ رحمن ވަންތަ ﷲ އަށް ރޯދައަށޭ މިއަދު އެއްވެސް މީހަކާ އަހުރެން ވާހަކަ ނުދައްކާހުށީމެވެ." މިހެން ވިދާޅުވާށެވެ. • ދަންނައެވެ. އެޒަމާނުގައި ރޯދަވެރިޔާ ރޯދައަށް ހުރެގެން ވާހަކަ ދެއްކުން ނޯންނަކަމުގައި ވެއެވެ. = تفسيرطبري =\nއަދި މިކަމަނާއަށް މިއިވަޑައިގެންނެވި އަޑުތަކަކީ غَيْبُ ގެގޮތުން ﷲ تعالى جبريل عليه السّلام ފޮނުއްވައިގެން އިއްވެވި ވާހަކަތަކެއްކަމަށާއި އަދި އެއީ ސީދާ عيسى عليه السّلام ވިދާޅުވި ބަސްފުޅުތަކެއްކަމަށާއި މިގޮތްގޮތަށް تفسير ފޮތްފޮތުގައި بيان ވެގެންވެއެވެ. މިދެގޮތުންކުރެ ކޮންމެގޮތަކީވެސް ﷲ تعالى ގެ حضرة އަށް ބޮޑުކަމެއްކަމުގައި ނުވެއެވެ. والله أعلم.
-
19:27
فَأَتَتْ بِهِۦ قَوْمَهَا تَحْمِلُهُۥ ۖ قَالُوا۟ يَـٰمَرْيَمُ لَقَدْ جِئْتِ شَيْـًٔا فَرِيًّا
Faʹatat bihee q̣awmaahaa taḥmiluh. Q̣aaloo yaa-Maryamu laq̣ad jiʹti shayʹañ fariyyaa.
ދެންފަހެ އެކަމަނާ އެދަރިކަލުންނާއިގެން (ރައްކައުވުމަށްފަހު) އެދަރިކަލުން ހިއްޕަވައިގެން އެކަމަނާގެ قوم ގެ މީހުންގެތެރެއަށް ވަޑައިގެންނެވިއެވެ. އަދި އެމީހުން ދެންނެވިއެވެ. އޭ مَرْيم އެވެ. ކަމަނާ ތިޔަކުރެއްވީ ވަރަށްވެސް ބޮޑުވެގެންވާ ކަމެކެވެ. (ވަރަށް ހަޑިހުތުރު فاحش ކަމެކެވެ.)
-
19:28
يَـٰٓأُخْتَ هَـٰرُونَ مَا كَانَ أَبُوكِ ٱمْرَأَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا
Yaaaʹukhta Haaroona maa- kaana ʹabookim raʹa sawʹiñw wamaa kaanat ʹummuki bag̣iyyaa!
އޭ هَارون ގެ أخت އެވެ. ކަމަނާގެ ބައްޕައަކީ ނުބައި ނުލަފާ މީހަކުކަމުގައި ނުވެއެވެ. އަދި ކަމަނާގެ މަންމައަކީ ޒިނޭކުރާމީހަކު ކަމުގައި ނުވެއެވެ. (ކަމަނާގެ ފަރާތުން އެފަދަކަމެއް ފާޅުވީ ކީއްވެގެންތޯއެވެ؟)
-
19:29
فَأَشَارَتْ إِلَيْهِ ۖ قَالُوا۟ كَيْفَ نُكَلِّمُ مَن كَانَ فِى ٱلْمَهْدِ صَبِيًّا
Faʹashaarat ʹilayh. Q̣aaloo kayfa nukallimu mañ kaana fil mahdi ṣabiyyaa?
ފަހެ އެކަމަނާ އެތުއްޕުޅު ދަރިކަލުންނަށް إشارة ކޮށްލެއްވިއެވެ. (އެކަމަނާގެ إشارة ން މުރާދުކުރެވެނީ ކަލޭމެން އެދަރިކަލުންނާއި ވާހަކަ ދައްކާށެވެ!) އެހިނދު އެމީހުން ދެންނެވިއެވެ. ހަމަދެންމެ ވިހެއި ކުޑަކުއްޖަކާއި އަހުރެމެން ވާހަކަ ދައްކާނީ ކޮންފަދައަކުންތޯއެވެ؟
-
19:30
قَالَ إِنِّى عَبْدُ ٱللَّهِ ءَاتَىٰنِىَ ٱلْكِتَـٰبَ وَجَعَلَنِى نَبِيًّا
Q̣aala ʹinnee ʻAbdul laah: ʹaataaniyal Kitaaba wa-jaʻalanee Nabiyyaa;
އެހިނދު އެދަރިކަލުން يعني: عيسى عليه السّلام ވިދާޅުވިއެވެ. ހަމަކަށަވަރުން އަހުރެންނަކީ ﷲ ގެ އަޅާއެވެ. އެކަލާނގެ އަހުރެންނަށް ފޮތް ދެއްވައިފިއެވެ. އެބަހީ: ފޮތްދެއްވުމަށް ނިޔާކުރައްވައިފިއެވެ. އަދި އަހުރެންނަކީ نبي އަކުކަމުގައި އެކަލާނގެ ލައްވައިފިއެވެ.
-
19:31
وَجَعَلَنِى مُبَارَكًا أَيْنَ مَا كُنتُ وَأَوْصَـٰنِى بِٱلصَّلَوٰةِ وَٱلزَّكَوٰةِ مَا دُمْتُ حَيًّا
Wa-jaʻalanee mubaarakan ʹayna maa kuñtu, wa-ʹawṣaanee biṣ-Ṣalaati waz-Zakaati maa- dumtu ḥayyaa:
އަދި އަހުރެންވީ ކޮންމެތަނެއްގައި އަހުރެންނަކީ بركاة ލެއްވިގެންވާ މީހަކުކަމުގައި އެކަލާނގެ ލައްވައިފިއެވެ. މީސްތަކުންނަށް منفع ބޮޑުމީހަކު ކަމުގައި އެކަލާނގެ ލައްވައިފިއެވެ. (އެކަލޭގެފާނުންގެ އެންމެބޮޑު އެއްމަންފާއެއްކަމުގައިވީ ހެޔޮކަންތަކަށް أمر ކުރެއްވުމާއި مُنكَراة ނަހީކުރެއްވުންކަމުގައިވިއެވެ.) އަދި އަހުރެން ދިރިހުރިހާ ހިނދަކު ނަމާދުކުރުމަށާއި زكاة ދިނުމަށް އެކަލާނގެ އަހުރެންނަށް وصيّة ކުރައްވައިފިއެވެ. އަމުރުކުރައްވައިފިއެވެ.
-
19:32
وَبَرًّۢا بِوَٰلِدَتِى وَلَمْ يَجْعَلْنِى جَبَّارًا شَقِيًّا
Wa-barram biwaalidatee wa-lam yajʻalnee jabbaarañ shaq̣iyyaa;
އަދި އަހުރެން އަހުރެންގެ މަންމައަށް ހެޔޮކޮށްހިތައި މާތްކޮށް ހިތުމަށް އެކަލާނގެ އަހުރެންނަށް وصيّة ކުރެއްވިއެވެ. އަދި ބޮޑާ؛ ކިބުރުވެރި އަބާއްޖަވެރިއަކު ކަމުގައި އެކަލާނގެ އަހުރެން ނުލައްވައެވެ.
-
19:33
وَٱلسَّلَـٰمُ عَلَىَّ يَوْمَ وُلِدتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّا
Was-Salaamu ʻalayya yawma wulittu wa-yawma ʹamootu wa-yawma ʹubʻas̤u ḥayyaa!
އަދި އަހުރެން ދުނިޔެއަށް އައިދުވަހުގައްޔާއި އަދި އަހުރެން މަރުވާދުވަހުގައްޔާއި އަދި އަހުރެން އަލުން ދިރިގެން محشر އަށް ފޮނުއްވޭދުވަހުވެސް އަހުރެންގެމައްޗަށް شيطان އާ އާއި އޭނާގެ لشكر ގެ ނުރައްކަލުން އަމާންކަމާއި ސަލާމަތްކަން ހުއްޓެވެ.
-
19:34
ذَٰلِكَ عِيسَى ٱبْنُ مَرْيَمَ ۚ قَوْلَ ٱلْحَقِّ ٱلَّذِى فِيهِ يَمْتَرُونَ
Ẓaalika ʻEesab nu Maryam: q̣awlal ḥaq̣q̣il laẓee feehi yamtaroon.
(ﷲ تعالى وحي ކުރެއްވިއެވެ.) އެއީ مَرْيَم ގެފާނުންގެ ދަރިކަލުން عيسى އެވެ. އެބަހީ: އިސްވެދިޔަ ވާހަކަތަކަކީ مرْيم ގެފާނުންގެ ދަރިކަލުން عيسى (عليه السّلام) ގެ ވާހަކައެވެ. އެއީ حقّ ވާހަކަތަކެކެވެ. އެމީހުން އެވާހަކަތަކާއިމެދު جدل ކޮށް އަރައިރުންވަނީއެވެ.
-
19:35
مَا كَانَ لِلَّهِ أَن يَتَّخِذَ مِن وَلَدٍ ۖ سُبْحَـٰنَهُۥٓ ۚ إِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ
Maa- kaana lillaahi ʹañy yattakhiẓa miñw waladiñ Subḥaanah! ʹIẓaa q̣aḍaaa ʹamrañ faʹinnamaa yaq̣oolu lahoo Kuñ Fayakoon.˺
އެއްވެސްދަރިކަލަކު ހިއްޕަވައި ދަރިކަލަކު إختيار ކުރުމަކީ އެއްގޮތަކަށްވެސް ﷲ އަށް އޮތް ކަމެއްނޫނެވެ. އެކަށީގެންވާކަމެއްނޫނެވެ. އެކަލާނގެ އެފަދަ އެ އެންމެހައި ކަންތަކުން ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. އެކަލާނގެ ކަމަކަށް އިރާދަކުރައްވައި ނިޔާކުރައްވަންޏާ ހަމަކަށަވަރުން އެކަމަކަށް އެކަލާނގެ "ވާށޭ" وحي ކުރައްވައެވެ. ދެން އެހައިރުން އެކަމެއް އެވަނީއެވެ. (عيسى ގެފާނު ހެއްދެވުންވެސް ހަމައެފަދައެވެ.) عيسى عليه السّلام އެއީ ﷲ ގެ ދަރިކަލެއްނޫނެވެ. އެއީ ހަމަ آدم ގެ ދަރިއެކެވެ.
-
19:36
وَإِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۚ هَـٰذَا صِرَٰطٌ مُّسْتَقِيمٌ
Wa-ʹinnal laaha Rabbee wa-Rabbukum faʻbudooh: haaẓaa Ṣiraaṭum Mustaq̣eem.
އަދި ހަމަކަށަވަރުން ﷲ އީ އަހުރެންނާއި ކަލޭމެންގެވެސް ربّ އެވެ. ފަހެ އެހެންވެ ކަލޭމެން އެކަލާނގެއަށް އެކަނި އަޅުކަންކުރާށެވެ. ސީދާވެގެންވާ ތެދުމަގަކީ އެއީއެވެ. (حقّ ސީދާ دين އަކީ އެއީއެވެ.)
-
19:37
فَٱخْتَلَفَ ٱلْأَحْزَابُ مِنۢ بَيْنِهِمْ ۖ فَوَيْلٌ لِّلَّذِينَ كَفَرُوا۟ مِن مَّشْهَدِ يَوْمٍ عَظِيمٍ
Fakhtalafal ʹaḥzaabu mim baynihim: fawaylul lillaẓeena kafaroo mim Mashhadi yawmin ʻaz̤̣eem!
ދެންފަހެ (عيسى عليه السّلام އާއިމެދު) އެމީހުންގެމެދުގައި އެކިއެކި جماعة ތައް إختلاف ވެ ދެބަސްވެއްޖެއެވެ. ފަހެ އެންމެހައި މީސްތަކުން އެއްވާ ބޮޑު جماعة އަށް އެމީހުން حاضر ވާދުވަހު ކާފަރުވީ މީސްތަކުންނަށް ނަރަކައިގެ ގަދަ عذاب ހުއްޓެވެ.
-
19:38
أَسْمِعْ بِهِمْ وَأَبْصِرْ يَوْمَ يَأْتُونَنَا ۖ لَـٰكِنِ ٱلظَّـٰلِمُونَ ٱلْيَوْمَ فِى ضَلَـٰلٍ مُّبِينٍ
ʹAsmiʻ bihim wa-ʹabṣir Yawma yaʹtoonanaa laakiniz̤̣ z̤̣aalimoonal yawma fee ḍalaalim mubeen!
އެ ކާފަރުވީ މީސްތަކުން ތިމަންރަސްކަލާނގެ حضرة އަށް އަންނަދުވަހު އެމީހުންގެ އަޑު އިވުމުގެ ގަދަކަމާއެވެ! އަދި އެމީހުންގެ ފެނުމުގެ ބޮޑުކަމާއެވެ! ނަމަވެސް އަނިޔާވެރިވީ މީސްތަކުން މިއަދު މިދުނިޔޭގައި އެވަނީ (حقّ ފެނުމާމެދު މުޅިން ކަނުވެ އަދި حقّ އިވުމާމެދު) މުޅިން ބީރުވެ بيان ވެގެންވާ މަގުފުރެއްދުމެއްގައެވެ. • ދަންނައެވެ. عيسى عليه السّلام ﷲ އުޑަށް އުފުއްލެވުމުން އެކަލޭގެފާނުންގެ قوم ގެ މީހުން ހަތަރުބަޔަކަށް ބެހިގެން ދިޔައެވެ. އެ أمّة ގެމީހުން ހަތަރު فقه ވެރިން إختيار ކޮށް عيسى عليه السّلام އާއިމެދު މިހަތަރު މީހުން ބުނަނީ ކީކޭތޯ؟ ބެލީއެވެ. • އެތަނުން ފުރަތަމަ މީހާއަށް އެމީހުން ދެންނެވިއެވެ. عيسى (عليه السّلام) އާއިމެދު ކަލޭ ބުނަނީ ކީކޭހެއްޔެވެ. ޖަވާބުގައި އެމީހާ يعني: فقه ވެރިޔާ ވިދާޅުވިއެވެ. "އެއީ ﷲ އެވެ. ބިމަށް ވޮޑިގަތީއެވެ. ދެން ހައްދަވަންވީ އެއްޗެއް ހައްދަވައި ދިރުއްވާންވީ އެއްޗެއް ދިރުއްވާ ދެން އުޑަށް ވޮޑިގެންނެވީއެވެ." މިއީ އެ فقه ވެރިޔާގެ ބަހެވެ. އޭނާގެ އެބަހާއި މިސްތަކުންކުރެ ބަޔަކު تبع ވިއެވެ. އެމީހުންވީ نصارى އިންގެ اَلْيَعْقُوْبِيَّة ކިޔާ فِرْقَة ކަމުގައެވެ. - ދެން އަނެއް ތިން فقه ވެރިން އޭނާޔާ ދިމާއަށް ބުންޏެވެ. ހަމަކަށަވަރުން ކަލެއަކީ ދޮގުވެރިއަކު ކަމުގައި އަހުރެމެން ހެކިވަމެވެ. • ދެން ދެވަނަ މީހާއަށް އެމީހުން ދެންނެވިއެވެ. عيسى (عليه السّلام) އާއިމެދު ކަލޭ ބުނަނީ ކީކޭތޯއެވެ؟ އެމީހާ ޖަވާބުގައި ވިދާޅުވިއެވެ. އެއީ ﷲ ގެ ދަރިކަލުންނެވެ. އަދި މީނާގެ މިބަހާވެސް މީސްތަކުންކުރެ ބަޔަކު تبع ވިއެވެ. އެމީހުންވީ نصارى އިންގެ النَّسْطُورِيَّة އެވެ ކިޔާ فِرْقَة ކަމުގައެވެ. ދެންތިބި އަނެއް ދެ فقه ވެރިން އޭނާއަށް ބުންޏެވެ. ހަމަކަށަވަރުން ކަލެއަކީ ދޮގުވެރިއަކު ކަމުގައި އަހުރެމެން ހެކިވަމެވެ. • ދެން ތިންވަނަ މީހާއަށް އެމީހުން ދެންނެވިއެވެ. عيسى (عليه السّلام) އާއިމެދު ކަލޭ ބުނަނީ ކީކޭތޯއެވެ. އެމީހާ ޖަވާބުގައި ވިދާޅުވިއެވެ. އެއީ إله އެކެވެ. އަދި އޭނާގެ މަންމައަކީ إله އެކެވެ. އަދި ﷲ އެއީ إله އެކެވެ. މީނާގެ މިބަހާވެސް މީސްތަކުންކުރެ ބަޔަކު تبع ވިއެވެ. އެމީހުންވީ نصارى އިންގެ إسْرَائِيْلِيَّة އެވެ ކިޔާ فرقة ކަމުގައެވެ. ދެން ހަތަރުވަނައަށް އިންމީހާ އޭނާއަށް ބުންޏެވެ. ހަމަކަށަވަރުން ކަލެއަކީ ދޮގުވެރިއަކުކަމުގައި އަހުރެން ހެކިވަމެވެ. • އަދި ހަތަރުވަނަމީހާ ބުންޏެވެ. އެހެންނަކުން ނޫނެވެ. عيسى (عليه السّلام) އެއީ ﷲ ގެ އަޅާއެވެ. އަދި އެކަލާނގެ رسول އާއެވެ. އެއީ ﷲ ގެ كلمة ފުޅެވެ. އަދި އެކަލާނގެ روح އެވެ. = تفسير الطبري =\nދެންފަހެ މިއެންމެފަހުން އެބުނިމީހާ އެބުނީ حقّ ބަހެވެ. قرآن بيان ކޮށްދޭގޮތެވެ. އެނޫން އެހެންގޮތެއް ކަމުނުދާނެ حقّ ތެދުގޮތެވެ.
-
19:39
وَأَنذِرْهُمْ يَوْمَ ٱلْحَسْرَةِ إِذْ قُضِىَ ٱلْأَمْرُ وَهُمْ فِى غَفْلَةٍ وَهُمْ لَا يُؤْمِنُونَ
Waʹañẓirhum Yawmal Ḥasrati ʹiẓ q̣uḍiyal ʹamr. Wa-hum fee g̣aflatiñw wahum laa- yuʹminoon!
(ﷲ تعالى وحي ކުރެއްވިއެވެ. އޭ رسول ﷲ އެވެ.) ހިތާމައިގެ ދުވަހުގެ ވާހަކައިން ކަލޭގެފާނު އެމީހުންނަށް إنذار ކުރައްވާށެވެ! ބިރުވެރިކަމުގެ خبر ދެއްވާށެވެ! އެއީ (ހިސާބުބެއްލެވުމުގެ) އެންމެހައި ކަންތައް ނިމެވިގެންދާހިނދުންނެވެ. އެމީހުން އެވަނީ މިދުނިޔޭގައި غافل ވެގެންވާ حال ގައެވެ. (ކަށްވަޅުތަކުން ނުކުމެގެން ﷲ ގެ حضرة އަށް ދިއުމާއި ހިސާބު ބެއްލެވުމާ ޖަޒާދެއްވުމާއި މި މިކަންކަމަށް غافل ވެގެންނެވެ.) އެމީހުން إيمان އެއް ނުވެއެވެ. އެއިން އެއްވެސް ކަމެއް ތެދުނުކުރެއެވެ.
-
19:40
إِنَّا نَحْنُ نَرِثُ ٱلْأَرْضَ وَمَنْ عَلَيْهَا وَإِلَيْنَا يُرْجَعُونَ
ʹInnaa Naḥnu naris̤ul ʹarḍa wa-man ʻalayhaa wa-ʹilaynaa yurjaʻoon.
އަދި ހަމަކަށަވަރުން ބިމާއި އަދި ބިމުގެ މަތީގައިވާހާބަޔަކު (ބިމުގައި ވާހާބަޔަކު) ވާރުތަކުރާހުށީ ހަމަ ތިމަންރަސްކަލާނގެއެވެ. އަދި އެ އެންމެން އެނބުރި رجوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ.
-
19:41
وَٱذْكُرْ فِى ٱلْكِتَـٰبِ إِبْرَٰهِيمَ ۚ إِنَّهُۥ كَانَ صِدِّيقًا نَّبِيًّا
Waẓkur fil Kitaabi ʹIbraaheem: ʹinnahoo kaana Ṣiddeeq̣an Nabiyyaa.
(އޭ رسول ﷲ އެވެ.) އަދި މި ކީރިތި قرآن ން إبراهيم عليه السّلام ގެ ވާހަކަ ކަލޭގެފާނު (އެ مشرك ންނަށް) ކިޔައިދެއްވާށެވެ. ހަމަކަށަވަރުން އެ إبراهيم عليه السّلام ވެވަޑައިގެންނެވީ ތެދުވެރި ބޭކަލަކު ކަމުގައެވެ. އަދި نبي ބޭކަލަކު ކަމުގައެވެ.
-
19:42
إِذْ قَالَ لِأَبِيهِ يَـٰٓأَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِى عَنكَ شَيْـًٔا
ʹIẓ q̣aala liʹabeehi yaaaʹabati lima taʻbudu maa laa- yasmaʻu wa-laa yubṣiru wa-laa yug̣nee ʻañka shayʹaa?
އެކަލޭގެފާނު އެކަލޭގެފާނުންގެ ބައްޕައަށް ވިދާޅުވިހިނދު ހަނދުމަފުޅުކުރައްވާށެވެ. އެކަލޭގެފާނު (ބައްޕައަށް) ވިދާޅުވިއެވެ. އޭ އަހުރެންގެ ބައްޕާއެވެ. ކަންފަތަށް އަޑުނުއިވޭ އަދި ލޮލަށް ނުފެންނަ ތަކެއްޗަށް އަދި ބައްޕައަށް އެއްވެސްކަމެއް ފުއްދައި ނުދެވޭތަކެއްޗަށް ބައްޕަ އަޅުކަންކުރަނީ ކީއްވެތޯއެވެ؟
-
19:43
يَـٰٓأَبَتِ إِنِّى قَدْ جَآءَنِى مِنَ ٱلْعِلْمِ مَا لَمْ يَأْتِكَ فَٱتَّبِعْنِىٓ أَهْدِكَ صِرَٰطًا سَوِيًّا
Yaaaʹabati ʹinnee q̣ad jaaaʹanee minal ʻilmi maa- lam yaʹtika fattabiʻneee ʹahdika Ṣiraaṭañ sawiyyaa.
އޭ އަހުރެންގެ ބައްޕާއެވެ! علم ގެތެރެއިން ބައްޕައަށް އެނގިގެންނުވާ ތަކެތި ހަމަކަށަވަރުން އަހުރެންނަށް އެނގެއެވެ. އެހެންވެ ބައްޕަ އަހުރެންނާއި تبع ވާށެވެ! އޭރުން އަހުރެން ބައްޕައަށް ހަމަ ސީދާ ތެދުމަގުދައްކާހުށީމެވެ.
-
19:44
يَـٰٓأَبَتِ لَا تَعْبُدِ ٱلشَّيْطَـٰنَ ۖ إِنَّ ٱلشَّيْطَـٰنَ كَانَ لِلرَّحْمَـٰنِ عَصِيًّا
Yaaaʹabati laa- taʻbudish Shayṭaan: ʹinnash Shayṭaana kaana lir-Raḥmaani ʻaṣiyyaa.
އޭ އަހުރެންގެ ބައްޕާއެވެ. ބައްޕަ شيطان އާއަށް އަޅުކަން ނުކުރާށެވެ! ހަމަކަށަވަރުން شيطان އާވަނީ رحمن ވަންތަ ކަލާނގެއަށް އުރެދިފައެވެ.
-
19:45
يَـٰٓأَبَتِ إِنِّىٓ أَخَافُ أَن يَمَسَّكَ عَذَابٌ مِّنَ ٱلرَّحْمَـٰنِ فَتَكُونَ لِلشَّيْطَـٰنِ وَلِيًّا
Yaaaʹabati ʹinneee ʹakhaafu ʹañy yamassaka ʻAẓaabum minar Raḥmaani fatakoona lish-Shayṭaani waliyyaa.
އޭ އަހުރެންގެ ބައްޕާއެވެ. އަހުރެން ބިރުގަންނަނީ رحمن ވަންތަ ކަލާނގެ حضرة ން ބައްޕައަށް عذاب އެއް އައިސް ޖެހިދާނެތީއެވެ. އޭރުން ދެން شيطان އާ ގެ ولى އަކުކަމުގައި އަދި އޭނާއަށް نصر ދޭ މީހަކުކަމުގައި ބައްޕަ ވެދާނެއެވެ. (ދެން އޭނާއާއެކު ނަރަކައިގައި އޮންނާން ޖެހިދާނެއެވެ.)
-
19:46
قَالَ أَرَاغِبٌ أَنتَ عَنْ ءَالِهَتِى يَـٰٓإِبْرَٰهِيمُ ۖ لَئِن لَّمْ تَنتَهِ لَأَرْجُمَنَّكَ ۖ وَٱهْجُرْنِى مَلِيًّا
Q̣aala ʹaraag̣ibun ʹañta ʻan ʹaalihatee yaaaʹIbraaheem? Laʹil lam tañtahi laʹarjumannaka wahjurnee maliyyaa!
ފަހެ އެކަލޭގެފާނުންގެ ބައްޕަ (އެކަލޭގެފާނަށް) ދެންނެވިއެވެ. އޭ إبراهيم އެވެ. ކަލޭ އަހުރެންގެ إله ންތަކަށް ފުރަގަސްދީ ހުތުރު އެއްޗެތިކިޔަނީހެއްޔެވެ؟ އަދި ކަލޭ އެކަންތަކުން ހުއްޓައިނުލައިފިއްޔާ (ބުދުތަކަށް ހުތުރު އެއްޗެތިކިއުން ދޫކޮށްނުލައިފިއްޔާ) ހަމަކަށަވަރުން އަހުރެން ކަލޭގެ رَجَمُ ކޮށްފާހުށީމެވެ. އަދި ސީދާ އަހުރެންނާއި ކަލޭ ދުރުވެގެންނާށެވެ!
-
19:47
قَالَ سَلَـٰمٌ عَلَيْكَ ۖ سَأَسْتَغْفِرُ لَكَ رَبِّىٓ ۖ إِنَّهُۥ كَانَ بِى حَفِيًّا
Q̣aala Salaamun ʻalayk: saʹastag̣firu laka Rabbee: ʹinnahoo kaana bee Ḥafiyyaa.
އެކަލޭގެފާނު يعني: إبراهيم عليه السّلام ވިދާޅުވިއެވެ. ބައްޕައަށް سلام އެވެ. ނިކަންހުރެ އަހުރެން ބައްޕައަށް ފާފަފުއްސެވުން އެދި އަހުރެންގެ ربّ ގެ حضرة ގައިދަންނަވާހުށީމެވެ. ހަމަކަށަވަރުން އެކަލާނގެ އަހުރެންނަށް ނުހަނު އޯގާވަންތަވެވޮޑިގެންވިއެވެ.
-
19:48
وَأَعْتَزِلُكُمْ وَمَا تَدْعُونَ مِن دُونِ ٱللَّهِ وَأَدْعُوا۟ رَبِّى عَسَىٰٓ أَلَّآ أَكُونَ بِدُعَآءِ رَبِّى شَقِيًّا
Wa-ʹaʻtazilukum wa-maa tadʻoona miñ doonil laahi wa-ʹadʻoo Rabbee ʻasaaa ʹallaaa ʹakoona biduʻaaaʹi Rabbee shaq̣iyyaa.
އަދި ކަލޭމެންނާއި ކަލޭމެން ﷲ ފިޔަވައި ތިޔަ އަޅުކަންކުރާތަކެތީންވެސް އަހުރެން ވަކިވާހުށީމެވެ. އަދި އަހުރެން އަހުރެންގެ ربّ އަށް دعاء ކޮށް އަޅުކަންކުރާހުށީމެވެ. އަދި އަހުރެން އަހުރެންގެ ربّ އަށް ކުރާ دعاء އާއި އަޅުކަން އަހުރެން އަބާއްޖަވެރިއަކުކަމުގައި ނުލެއްވުން أمّيد ކުރެވެއެވެ.
-
19:49
فَلَمَّا ٱعْتَزَلَهُمْ وَمَا يَعْبُدُونَ مِن دُونِ ٱللَّهِ وَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ ۖ وَكُلًّا جَعَلْنَا نَبِيًّا
Falammaʻ tazalahum wa-maa yaʻbudoona miñ doonil laahi wahabnaa lahooo ʹIsḥaaq̣a wa-Yaʻq̣oob: wa-kullañ jaʻalnaa nabiyyaa.
ދެންފަހެ އެކަލޭގެފާނުން އެމީހުންގެ ކިބައިންނާއި އަދި ﷲ ފިޔަވައި އެމީހުން އެއަޅުކަންކުރާ ތަކެތީން (އެބުދުތަކުން) ދުރުވެ ވަކިވީހިނދުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް إسحق ގެފާނު ދެއްވީމެވެ. އަދި يعقوب ގެފާނު (ކާފަދަރިކަލެއްގެގޮތުން) ދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކުވެސް نبي ބޭކަލަކުކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.
-
19:50
وَوَهَبْنَا لَهُم مِّن رَّحْمَتِنَا وَجَعَلْنَا لَهُمْ لِسَانَ صِدْقٍ عَلِيًّا
Wa-wahabnaa lahum mir Raḥmatinaa wa-jaʻalnaa lahum lisaana ṣidq̣in ʻaliyyaa.
އަދި ތިމަންރަސްކަލާނގެ رحمة ން އެބޭކަލުންނަށް ތަނަވަސްކަން ތިމަންރަސްކަލާނގެ ދެއްވީމެވެ. އަދި އެބޭކަލުންނަށް މަތިވެރިވެގެންވާ ތެދުވެރި ثناء އާއި تعريف ދެއްވީމެވެ. (ހުރިހާ أمّة އެއްގައިވެސް އެބޭކަލުންނަށް تعريف އާއި ثناء ވެއެވެ.) والله أعلم.
-
19:51
وَٱذْكُرْ فِى ٱلْكِتَـٰبِ مُوسَىٰٓ ۚ إِنَّهُۥ كَانَ مُخْلَصًا وَكَانَ رَسُولًا نَّبِيًّا
Waẓkur fil Kitaabi Moosaaa ʹinnahoo kaana mukhlaṣañw wakaana Rasoolan Nabiyyaa.
އަދި އޭ رسول ﷲ އެވެ. ކަލޭގެފާނު މި ކީރިތި قرآن ން މީސްތަކުންނަށް موسى عليه السّلام ގެ ވާހަކަ ކިޔައިދޭށެވެ. ވިދާޅުވެދެއްވާށެވެ! ހަމަކަށަވަރުން އެކަލޭގެފާނު ވެވަޑައިގެންނެވީ إختيار ކުރެއްވިގެންވާ ބޭކަލަކުކަމުގައެވެ. (رسول ކަމަށާއި ﷲ ގެ ބަސްފުޅު وحي ކުރެއްވުމަށް إختيار ކުރެއްވިގެންވާ ބޭކަލަކުކަމުގައެވެ.) އަދި އެކަލޭގެފާނު ވެވަޑައިގަންނަވަނީ رسول ބޭކަލަކުކަމުގައެވެ. އަދި نبي ބޭކަލަކުކަމުގައެވެ.
-
19:52
وَنَـٰدَيْنَـٰهُ مِن جَانِبِ ٱلطُّورِ ٱلْأَيْمَنِ وَقَرَّبْنَـٰهُ نَجِيًّا
Wa-naadaynaahu miñ jaanibiṭ Ṭooril ʹaymani wa-q̣arrabnaahu najiyyaa.
އަދި ތިމަންރަސްކަލާނގެ طور ފަރުބަދައިގެ ކައިރިން އެކަލޭގެފާނުން ކަނައަތްޕުޅު ފަރާތުން އެކަލޭގެފާނަށް نِدَاء އިއްވެވީމެވެ. (ގޮވައިލެއްވީމެވެ.) އަދި مُنَاجاه ދެންނެވުމުގެގޮތުން ތިމަންރަސްކަލާނގެ އެކަލޭގެފާނު ގާތްކުރެއްވީމެވެ.
-
19:53
وَوَهَبْنَا لَهُۥ مِن رَّحْمَتِنَآ أَخَاهُ هَـٰرُونَ نَبِيًّا
Wa-wahabnaa lahoo mir Raḥmatinaaa ʹakhaahu Haaroona Nabiyyaa.
އަދި ތިމަންރަސްކަލާނގެ رحمة ން އެކަލޭގެފާނުންގެ أخ هارون (عليه السّلام) نبي އަކުކަމުގައި ހައްދަވައި އެކަލޭގެފާނަށް ތާއީދުކުރެއްވުމަށް ފޮނުއްވީމެވެ.
-
19:54
وَٱذْكُرْ فِى ٱلْكِتَـٰبِ إِسْمَـٰعِيلَ ۚ إِنَّهُۥ كَانَ صَادِقَ ٱلْوَعْدِ وَكَانَ رَسُولًا نَّبِيًّا
Waẓkur fil Kitaabi ʹIsmaaʻeel; ʹinnahoo kaana ṣaadiq̣al waʻdi wa-kaana Rasoolan Nabiyyaa.
އަދި (އޭ رسول ﷲ އެވެ.) ކަލޭގެފާނު މި ކީރިތި قرآن ން މީސްތަކުންނަށް إسماعيل (عليه السّلام) ގެ ވާހަކަ ވިދާޅުވެދެއްވާށެވެ. ހަމަކަށަވަރުން وعد ފުޅު ތެދު (އިތުރުފުޅު ނުހައްދަވާ) ބޭކަލަކުކަމުގައި އަދި رسول ބޭކަލަކުކަމުގައްޔާއި نبي ބޭކަލަކުކަމުގައި އެކަލޭގެފާނު ވެވަޑައިގެންނެވިއެވެ.
-
19:55
وَكَانَ يَأْمُرُ أَهْلَهُۥ بِٱلصَّلَوٰةِ وَٱلزَّكَوٰةِ وَكَانَ عِندَ رَبِّهِۦ مَرْضِيًّا
Wa-kaana yaʹmuru ʹahlahoo biṣ-Ṣalaati waz-Zakaah; wa-kaana ʻiñda Rabbihee marḍiyyaa.
އަދި އެކަލޭގެފާނު އެކަލޭގެފާނުންގެ أهل ވެރިންނަށް ނަމާދުކުރުމަށާއި زكاة ދިނުމަށް އަމުރުކުރައްވާ ކަމުގައިވިއެވެ. އަދި އެކަލޭގެފާނުންގެ ربّ ގެ حضرة ގައި ރުހެވިގެންވާ ބޭކަލަކުކަމުގައި އެކަލޭގެފާނުން ވެވަޑައިގެންނެވިއެވެ.
-
19:56
وَٱذْكُرْ فِى ٱلْكِتَـٰبِ إِدْرِيسَ ۚ إِنَّهُۥ كَانَ صِدِّيقًا نَّبِيًّا
Waẓkur fil Kitaabi ʹIdrees: ʹinnahoo kaana ṣiddeeq̣an Nabiyyaa:
އަދި ކަލޭގެފާނު ކީރިތި قرآن ން މީސްތަކުންނަށް إدريس (عليه السّلام) ގެ ވާހަކަ ވިދާޅުވެދެއްވާށެވެ! ހަމަކަށަވަރުން އެކަލޭގެފާނު ވެވަޑައިގެންނެވީ (އިތުރުފުޅު ނުހައްދަވާ) ތެދުވެރި ބޭކަލަކުކަމުގައެވެ. އަދި نبي ބޭކަލަކުކަމުގައެވެ.
-
19:57
وَرَفَعْنَـٰهُ مَكَانًا عَلِيًّا
Wa-rafaʻnaahu makaanan ʻaliyyaa.
އަދި މަތިވެރި ދަރަޖައަކަށް ތިމަންރަސްކަލާނގެ އެކަލޭގެފާނު އުފުއްލެވީމެވެ.
-
19:58
أُو۟لَـٰٓئِكَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّـۧنَ مِن ذُرِّيَّةِ ءَادَمَ وَمِمَّنْ حَمَلْنَا مَعَ نُوحٍ وَمِن ذُرِّيَّةِ إِبْرَٰهِيمَ وَإِسْرَٰٓءِيلَ وَمِمَّنْ هَدَيْنَا وَٱجْتَبَيْنَآ ۚ إِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُ ٱلرَّحْمَـٰنِ خَرُّوا۟ سُجَّدًا وَبُكِيًّا ۩
ʹUlaaaʹikal laẓeena ʹanʻamal laahu ʻalayhim minan nabiyyeena miñ ẓurriyyati ʹAadama, wa-mimman ḥamalnaa maʻa Nooḥ, wa-miñ ẓurriyyati ʹIbraaheema wa-ʹIsraaaʹeela wa-mimman hadaynaa wajtabaynaa. ʹIẓaa tutlaa ʻalayhim ʹAayaatur Raḥmaani kharroo sujjadañw wabukiyyaa.
އެބޭބޭކަލުންނަކީ (އެބަހީ: އިސްވެދިޔަ އާޔަތްތަކުގައި ނަންގަނެވިގެންވާ رسول ންނާއި نبي އިންނަކީ) نبي ބޭކަލުންކުރެން އެބޭކަލުންގެމައްޗަށް ތިމަންރަސްކަލާނގެ نعمة ލެއްވި (خاصّ) ބޭބޭކަލުންނެވެ. އެއީ آدم (عليه السّلام) ގެ ދަރިކޮޅުންނާއި އަދި نُوحُ عليه السّلام އާއިއެކު ތިމަންރަސްކަލާނގެ އުފުއްލެވި ބޭކަލުންގެ ދަރިކޮޅުންނާއި އަދި إبراهيم عليه السّلام އާއި يعقوب عليه السّلام ގެ ދަރިކޮޅުންނާއި އަދި ތިމަންރަސްކަލާނގެ ތެދުމަގުދައްކަވައި إختيار ކުރެއްވި ބޭބޭކަލުންނެވެ. އެބޭކަލުންގެމައްޗަށް رحمن ވަންތަ ކަލާނގެ އާޔަތްތައް ކިޔެވިއްޖެއްޔާ އެބޭކަލުން ކީރިތިކުރައްވާ حال سجدة އަށް ތިރިވެވަޑައިގަންނަވައެވެ.
-
19:59
۞ فَخَلَفَ مِنۢ بَعْدِهِمْ خَلْفٌ أَضَاعُوا۟ ٱلصَّلَوٰةَ وَٱتَّبَعُوا۟ ٱلشَّهَوَٰتِ ۖ فَسَوْفَ يَلْقَوْنَ غَيًّا
Fakhalafa mim baʻdihim khalfun ʹaḍaaʻuṣ Ṣalaata wattabaʻush shahawaati fasawfa yalq̣awna g̣ayyaa.
ދެންފަހެ މި ބޭބޭކަލުންގެފަހުން އެހެން ބައިގަނޑެއް އައެވެ. އެބައިމީހުން ނަމާދު ނަގައިލާ އަދި شهوة ތަކާއި (شَهْوَانى އެދުންތަކާއި) ތަބާވިއެވެ. (އެފަދަ މީހުން ފަހުން އަންނާނެއެވެ.) އެފަދަ މީހުންނާއި ނިކަންހުރެ غَيُّ އާއި ބައްދަލުވާހުއްޓެވެ. (ނަރަކައިގެ عذاب ގަދަވެގެންވާ وَادى އެއްކަމުގައިވާތަނަށް ލެވޭނެއެވެ.)
-
19:60
إِلَّا مَن تَابَ وَءَامَنَ وَعَمِلَ صَـٰلِحًا فَأُو۟لَـٰٓئِكَ يَدْخُلُونَ ٱلْجَنَّةَ وَلَا يُظْلَمُونَ شَيْـًٔا
ʹIllaa mañ taaba wa-ʹaamana wa-ʻamila ṣaaliḥañ faʹulaaaʹika yadkhuloonal Jannata wa-laa yuz̤̣lamoona shayʹaa,
އޭގެތެރެއިން (ދުނިޔޭގައިތިބެ) توبة ވެ صالح عمل ކުރިމީހުން މެނުވީއެވެ. ފަހެ އެފަދަމީހުން ސުވަރުގެ ވަންނަހުއްޓެވެ. އަދި އެއްވެސް ބާވަތެއްގެ އަނިޔާއެއް އެމީހުންނަށް ނުވެވޭނެއެވެ.
-
19:61
جَنَّـٰتِ عَدْنٍ ٱلَّتِى وَعَدَ ٱلرَّحْمَـٰنُ عِبَادَهُۥ بِٱلْغَيْبِ ۚ إِنَّهُۥ كَانَ وَعْدُهُۥ مَأْتِيًّا
Jannaati ʻAdninil latee waʻadar Raḥmaanu ʻibaadahoo bil-G̣ayb: ʹinnahoo kaana waʻduhoo maʹtiyyaa.
އެމީހުން އެދުވަހުން ވަންނާނެ ސުވަރުގެއަކީ قائم ވެތިބޭ ބަގީޗާތަކެކެވެ. އެއީ رحمن ވަންތަ ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވުމަށް غَيْبُ ގައި (އެބަހީ: ނުފެނި) އެކަލާނގެ وَعْدُ ކުރައްވާފައިވާ ބަގީޗާތަކެވެ. ހަމަކަށަވަރުން އެކަލާނގެ وعد ފުޅު އެއީ ކަނޑައެޅިގެން އޮންނާނެކަމެކެވެ. ހިނގާނެ ކަމެކެވެ.
-
19:62
لَّا يَسْمَعُونَ فِيهَا لَغْوًا إِلَّا سَلَـٰمًا ۖ وَلَهُمْ رِزْقُهُمْ فِيهَا بُكْرَةً وَعَشِيًّا
Laa- yasmaʻoona feehaa lag̣wan ʹillaa Salaamaa: wa-lahum rizq̣uhum feehaa bukratañw waʻashiyyaa.
އެމީހުން އެސުވަރުގޭގައިތިބޭއިރު އެއްވެސް ބާވަތެއްގެ باطل އަދި ބޭކާރު ވާހަކައެއް ނުއަހާނެއެވެ. މަލާއިކަތް ބޭކަލުންގެ ސަލާމްމެނުވީ ނުއަހާނެއެވެ. (ملائكة ބޭކަލުން ސަލާމްކުރައްވާނެއެވެ.) އަދި އެތާނގައި އެމީހުންގެ ރިޒުގު ހެނދުނާއި ހަވީރު އެމީހުންނަށް ލިބިލިބިހުންނާނެއެވެ. (މިހެނދުނާއި ހަވީރުގެ ނިސްބަތް މިއީ ދުނިޔޭގެ ނިސްބަތުގައެވެ. އެހެނީ قيامة ދުވަހުން ހެނދުނާއި ހަވީރެއް ނުވެއެވެ.)
-
19:63
تِلْكَ ٱلْجَنَّةُ ٱلَّتِى نُورِثُ مِنْ عِبَادِنَا مَن كَانَ تَقِيًّا
Tilkal Jannatul latee nooris̤u min ʻibaadinaa mañ kaana taq̣iyyaa.
އެސުވަރުގެއަކީ ތިމަންރަސްކަލާނގެއަށް تقوى ވެރިވީ އަޅުތަކުންނަށް ތިމަންރަސްކަލާނގެ ވާރުތަކޮށް ދެއްވާނެ ސުވަރުގެއެވެ.
-
19:64
وَمَا نَتَنَزَّلُ إِلَّا بِأَمْرِ رَبِّكَ ۖ لَهُۥ مَا بَيْنَ أَيْدِينَا وَمَا خَلْفَنَا وَمَا بَيْنَ ذَٰلِكَ ۚ وَمَا كَانَ رَبُّكَ نَسِيًّا
Wa-maa natanazzalu ʹillaa biʹamri Rabbik: lahoo maa- bayna ʹaydeenaa wa-maa khalfanaa wa-maa bayna ẓaalika: wa-maa kaana Rabbuka nasiyyaa,
جبريل عليه السّلام ވިދާޅުވިއެވެ. (އޭ رسول ﷲ އެވެ.) ކަލޭގެފާނުންގެ ربّ ގެ އަމުރުފުޅަށްމެނުވީ ތިމަންކަލޭގެފާނު ފައިބާވަޑައި ނުގަންނަވާހުށީމެވެ. (ކަލޭގެފާނުންގެ އަރިހަށް ވަޑައިނުގަންނަވާހުށީމެވެ.) އަހުރެމެންގެ ކުރިމަތީގައި އަންނަންއޮތް آخرة ދުވަހާއި އަދި އަހުރެމެންގެ ފަހަތަށް ދޫކޮށްފައިވާ މިދާ ދުނިޔެއާއި އަދި އެދެމެދުގައި ވާހާ ކަމަކާއި މިހުރިހާކަމެއް މިލްކުވެ خاصّ ވެގެންވަނީ ކަލޭގެފާނުންގެ ربّ އަށެވެ. އަދި އެއިން އެއްވެސް ކަމެއް ކަލޭގެފާނުންގެ ربّ ހަނދުމަނެތިވެވޮޑިގެން ނުވެއެވެ. • ދަންނައެވެ. މިއާޔަތް ބާވައިލެއްވި ސަބަބެއްކަމުގައި تفسير ފޮތްތަކުގައި ބަޔާންވެގެންވެއެވެ. رسول ﷲ ﷺ جبريل عليه السّلام އަށް ދެންނެވިއެވެ. ކަލޭގެފާނު މިހާރު ތިޔަވަޑައިގަންނަވާ ވަރަށްވުރެ ގިނައިން ވަޑައިނުގަންނަވަނީ ކީއްވެތޯއެވެ؟ މިސުވާލާއި ގުޅިގެން އިސްވެދިޔަ އާޔަތް ބާވައިލެއްވިކަމުގައިވިއެވެ. والله أعلم.
-
19:65
رَّبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا فَٱعْبُدْهُ وَٱصْطَبِرْ لِعِبَـٰدَتِهِۦ ۚ هَلْ تَعْلَمُ لَهُۥ سَمِيًّا
Rabbus samaawaati wal-ʹarḍi wa-maa baynahumaa faʻbudhu waṣṭabir liʻibaadatih: hal taʻlamu lahoo samiyyaa?
އެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާތަކެތީގެވެރި ربّ އެވެ. ފަހެ އެހެންވެ ކަލޭގެފާނު އެކަލާނގެއަށް ހަމައެކަނި އަޅުކަންކުރައްވާށެވެ. އަދި އެކަލާނގެއަށް އަޅުކަންކުރެއްވުމުގައި ކެތްތެރިވެވަޑައިގަންނަވާށެވެ. އެކަލާނގެއާއި އެއްފަދަ އެހެން އެއްވެސް إله އަކު ކަލޭގެފާނަށް އެނގިވަޑައިގަންނަވައިތޯއެވެ؟
-
19:66
وَيَقُولُ ٱلْإِنسَـٰنُ أَءِذَا مَا مِتُّ لَسَوْفَ أُخْرَجُ حَيًّا
Wa-yaq̣oolul ʹiñsaanu ʹa-ʹiẓaa maa mittu lasawfa ʹukhraju ḥayyaa?
އަދި (آخرة ދުވަސް قبول ނުކުރާ) އިންސާނާ ބުނެއެވެ. އަހުރެން މަރުވެދިއުމަށްފަހު ދިރިގެން އަލުންވެސް ކައްވަޅުތަކުން ނެރެވިގެން (محشر އަށް) ފޮނުއްވޭނޭހެއްޔެވެ؟
-
19:67
أَوَلَا يَذْكُرُ ٱلْإِنسَـٰنُ أَنَّا خَلَقْنَـٰهُ مِن قَبْلُ وَلَمْ يَكُ شَيْـًٔا
ʹAwalaa yaẓkurul ʹiñsaanu ʹannaa khalaq̣naahu miñ q̣ablu wa-lam yaku shayʹaa?
ފަހެ އެ އިންސާނާގެ އެއްވެސް އަސަރެއްވެސް ހިލަމެއްވެސް ނެތިސް ތިމަންރަސްކަލާނގެ އެއިންސާނާ ހެއްދެވިކަން އޭނާ ފަހެ ހަނދާން ނުކުރާނޭބާވައެވެ؟ (އޭނާ އެކަން ހަނދާންކުރާނެނަމަ، އެފަދަ ބަހެއް އޭނާ ބުނާނީ ކޮންފަދައަކުންހެއްޔެވެ؟)
-
19:68
فَوَرَبِّكَ لَنَحْشُرَنَّهُمْ وَٱلشَّيَـٰطِينَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِيًّا
Fawa-Rabbika lanaḥshurannahum washshayaaṭeena s̤umma lanuḥḍirannahum ḥawla Jahannama jis̤iyyaa;
ފަހެ ކަލޭގެފާނުންގެ ربّ ގަންދެއްވައި ހުވައި وحي ކުރައްވަމެވެ. ހަމަކަށަވަރުން އެމީހުންނާއި (އެބަހީ: آخرة قبول ނުކުރާ މީހުންނާއި) އަދި ޝައިތާނުންތައް ތިމަންރަސްކަލާނގެ محشر ގެ ميدان އަށް އެއްކުރައްވާހުށީމެވެ. އަދި ނަރަކައިގެ ވަށައިގެން ކަކޫމައްޗަށް ތިރިކުރައްވާފައި ތިމަންރަސްކަލާނގެ އެމީހުން حاضر ކުރާހުށީމެވެ. • ދަންނައެވެ. މިއާޔަތުގެتفسير ގައި مفسّر ންގެ ވާހަކަ ތަފާތުވެގެންވެއެވެ. މިތާ މިވަނީ ހަމައެކަނި ބޭރުފުށުން މާނަ އެކަނި ލިޔެލެވިފައެވެ.
-
19:69
ثُمَّ لَنَنزِعَنَّ مِن كُلِّ شِيعَةٍ أَيُّهُمْ أَشَدُّ عَلَى ٱلرَّحْمَـٰنِ عِتِيًّا
S̤umma lanañziʻanna miñ kulli sheeʻatin ʹayyuhum ʹashaddu ʻalar Raḥmaani ʻitiyyaa.
ދެން، رحمن ވަންތަ ރަސްކަލާނގެ حضرة އަށް އެންމެ ނުކިޔަމަންތެރިކަންގަދަމީހުން އެ ކޮންމެ جماعة އަކުންވެސް ތިމަންރަސްކަލާނގެ ނެރުއްވާހުށީމެވެ.
-
19:70
ثُمَّ لَنَحْنُ أَعْلَمُ بِٱلَّذِينَ هُمْ أَوْلَىٰ بِهَا صِلِيًّا
S̤umma lanaḥnu ʹaʻlamu billaẓeena hum ʹawlaa bihaa ṣiliyyaa.
ދެން އަދި އެމީހުންގެތެރެއިން އެންމެ ގަދަ عذاب ގައި ތިބެންވާނީ ކޮންބައެއްކަންވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަންކަށަވަރެވެ.
-
19:71
وَإِن مِّنكُمْ إِلَّا وَارِدُهَا ۚ كَانَ عَلَىٰ رَبِّكَ حَتْمًا مَّقْضِيًّا
Wa-ʹim miñkum ʹillaa waariduhaa: kaana ʻalaa Rabbika Ḥatmam maq̣ḍiyyaa.
އަދި އެނަރަކައިގެމަތީން ދާންނުޖެހޭނެ އެކަކުވެސް ކަލޭމެންގެތެރެއިން ނުވެއެވެ. • (އެކަންވާގޮތެއްކަމުގައި ބުނެވިގެންވަނީ: صِرِاطَ الْمُسْتَقِيْم އެވެ ކިއުނު މަގުވަނީ ނަރަކައިގެ މަތިން ދެމިފައެވެ. އެންމެންވެސް އެމަގުން ދާންޖެހެއެވެ. އެމީހެއްގެ عمل ގައި ހުރި ހެޔޮނުބައިކަމަކުން އެމަގުން ދިއުމުގެ އުނދަގޫކަމާއި ފަސޭހަކަންވެއެވެ. ވިދާލި ވިދުވަރެއްހެން ދާމީހުންވެއެވެ. ފިރުކެމުން ދެމެމުންދާ މީހުންވެއެވެ. ނުބައިނުލަފާމީހުން މަގުންކަހައިލައިގެން ނަރަކައަށް ވެއްޓޭކަމުގައިވެއެވެ. والله أعلم)\nފަހެ އެންމެންވެސް އެމަގުން ދިއުމަކީ ކަލޭގެފާނުންގެ ربّ ކަނޑައަޅުއްވާ ނިންމަވާފައިވާ ކަމެކެވެ.
-
19:72
ثُمَّ نُنَجِّى ٱلَّذِينَ ٱتَّقَوا۟ وَّنَذَرُ ٱلظَّـٰلِمِينَ فِيهَا جِثِيًّا
S̤umma nunajjil laẓeenat taq̣aw wanaẓaruz̤̣ z̤̣aalimeena feehaa jis̤iyyaa.
ދެންފަހެ تقوى ވެރި މާތްމީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރައްވާ މިންޖުކުރައްވަމެވެ. އަދި އަނިޔާވެރިން - (مشرك ން) އެނަރަކައިގެތެރެއަށް އެމީހުންގެ ކަކޫތަކުގެމައްޗަށް ދޫކޮށްލަމެވެ.
-
19:73
وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍ قَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوٓا۟ أَىُّ ٱلْفَرِيقَيْنِ خَيْرٌ مَّقَامًا وَأَحْسَنُ نَدِيًّا
Wa-ʹiẓaa tutlaa ʻalayhim ʹAayaatunaa bayyinaatiñ q̣aalal laẓeena kafaroo lillaẓeena ʹaamanooo ʹayyul fareeq̣ayni khayrum Maq̣aamañw Waʹaḥsanu Nadiyyaa?
އަދި بيان ވެގެންވާ ތިމަންރަސްކަލާނގެ އާޔަތްތައް އެމީހުންގެމައްޗަށް (އެމީހުންދުނިޔޭގައި ތިބިއިރު) ކިޔެވިއްޖެއްޔާ إيمان ވީ މީހުންނާއި ދިމާއަށް ކާފަރުން ބުނާނެއެވެ. އަހުރެމެން ދެބައިމީހުންކުރެން (އެބަހީ: އީމާންވީމީހުންނާ ކާފަރުންނާއި ދެބައިމީހުންކުރެން) ތިބޭތަނުގެގޮތުންނާއި މަޖްލިސްކުރާ ނާދީގެގޮތުން ރަނގަޅުވެފައި ހެޔޮވެގެންވަނީ ކޮންބައެއްހެއްޔެވެ؟ (އަހުރެމެން ނޫންހެއްޔެވެ؟)
-
19:74
وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَحْسَنُ أَثَـٰثًا وَرِءْيًا
Wa-kam ʹahlaknaa q̣ablahum miñ q̣arnin hum ʹaḥsanu ʹas̤aas̤añw Wariʹyaa?
މި مكّة ގެ ކާފަރުންގެކުރިން ކިތައްކިތައް قَرْن ގެމީހުން - ކިތައްކިތައް أمّة ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމުހެއްޔެވެ؟ (އެބަހީ: ވަރަށްގިނަ أمّة ހަލާކުކުރެއްވީމެވެ.) އަދި އެމީސްމީހުން (މި مكّة ގެ أهل ވެރިންނަށްވުރެ) ގެވެހި ކަންވާރުގެގޮތުންނާއި އަދި ރިވެތިކަމާއި منظر ގެގޮތުން މާރީތިވެފައި ރަނގަޅެވެ.
-
19:75
قُلْ مَن كَانَ فِى ٱلضَّلَـٰلَةِ فَلْيَمْدُدْ لَهُ ٱلرَّحْمَـٰنُ مَدًّا ۚ حَتَّىٰٓ إِذَا رَأَوْا۟ مَا يُوعَدُونَ إِمَّا ٱلْعَذَابَ وَإِمَّا ٱلسَّاعَةَ فَسَيَعْلَمُونَ مَنْ هُوَ شَرٌّ مَّكَانًا وَأَضْعَفُ جُندًا
Q̣ul mañ kaana fiḍ ḍalaalati falyamdud lahur Raḥmaanu maddaa: ḥattaaa ʹiẓaa raʹaw maa- yooʻadoona ʹimmal ʻaẓaaba wa-ʹimmas Saaʻah. Fasayaʻlamoona man huwa sharrum makaanañw waʹaḍʻafu juñdaa!
އޭ رسول ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! މަގުފުރެދުމުގެތެރޭގައިވާ މީހާ ދަންނައެވެ. رحمن ވަންތަ މާތްރަސްކަލާނގެ އޭނާ އެމަގުފުރެދުމުގެތެރޭގައި ދަމަހައްޓަވާށިއެވެ! ދެންފަހެ އެފަދަމީހުންނަށް وعد ވެވިގެންވާ ކަންތައް އެމީހުންނަށް ފެނިއްޖައުމަށްދާންދެންނެވެ. އެއެއްޗަކީ އެހެންޏާ (ދުނިޔޭގައި) އެމީހުންނަށް عذاب އައުމެވެ. ނުވަތަ قيامة ދުވަހުގެ عذاب އެވެ. އޭރުން ދެން ތަނުގެގޮތުން ނުބައިވެގެންވަނީ ކޮންބައެއްކަން ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ. އަދި لشكر ގެގޮތުން ނިކަމެތިވެގެންވަނީ ކޮންބައެއްކަންވެސް ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ.
-
19:76
وَيَزِيدُ ٱللَّهُ ٱلَّذِينَ ٱهْتَدَوْا۟ هُدًى ۗ وَٱلْبَـٰقِيَـٰتُ ٱلصَّـٰلِحَـٰتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ مَّرَدًّا
Wa-yazeedul laahul laẓeenah tadaw Hudaa; wal-Baaq̣iyaatuṣ Ṣaaliḥaatu khayrun ʻiñda Rabbika s̤awaabañw wakhayrum maraddaa.
އަދި އީމާންވެ ތެދުމަގު ލިބިގަތްމީހުންނަށް ﷲ ތެދުމަގު އިތުރުކޮށްދެއްވައެވެ. (އެއީ އެކަލާނގެ أمر ތަކަށް ކިޔަމަންވުމާއި އެކަލާނގެ ނަހީތަކުން ދުރުވެގަތުމުގެ توفيق އެމީހުންނަށް އެކަލާނގެ ދެއްވުމެވެ. އޭރުން އީމާންކަން އަބަދުވެސް އިތުރުވޭވެ ހުންނާނެއެވެ.) އަދި (އޭ رسول ﷲ އެވެ.) بَاقِيَات الصَّالِحَات - ثواب ގެ ގޮތުންނާއި رجوع ވާތަނާއި ފަހުކޮޅުގެ ގޮތުން ކަލޭގެފާނުންގެ ربّ ގެ حضرة ގައި މާހެޔޮވެގެންވެއެވެ. • ދަންނައެވެ. بَاقِيَات الصَّالِحَات އާއިމެދު - كَهْفُ ސޫރަތުގެ 46 ވަނަ އާޔަތުގައި ކޮންމެވެސް ވާހަކަ ދެކެވިފައިވާނެއެވެ. އެތަނުން ބައްލަވައިލެއްވުން އެދެވެއެވެ.
-
19:77
أَفَرَءَيْتَ ٱلَّذِى كَفَرَ بِـَٔايَـٰتِنَا وَقَالَ لَأُوتَيَنَّ مَالًا وَوَلَدًا
ʹAfaraʹaytal laẓee kafara biʹAayaatinaa wa-q̣aala laʹootayanna maalañw wawaladaa?
ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފަރުވީމީހާ ކަލޭގެފާނު ދެކެވަޑައިގެންނެވީމުތޯއެވެ. އޭނާޔާ ބެހޭގޮތުން ނިކަން خبر ދީބަލާށެވެ. އަދި އޭނާ ބުންޏެވެ. އަހުރެންނަށް ހަމަކަށަވަރުން މުދަލާއި ދަރިން ދެއްވޭނެއެވެ. އެބަހީ: قيامة ދުވަހުންވެސް މުދަލާއި ދަރިންދެއްވޭނެއެވެ. • ދަންނައެވެ. މިއާޔަތުގައި މިނަންގަނެވޭ މީހަކީ العَاصُ بنُ اْلوَائِلُ السَّهْمِى ކަމުގައި ބުނެވުނެވެ. رسول ﷲ ﷺ ގެ أصحاب ބޭކަލުންގެ ބަޔަކަށް އޭނާ އަދާކުރަންވެފައިވާ ދަރަންޏެއް އޮތްކަމުގައިވިއެވެ. އޭނާގެ އަތުން އެތަކެތި ލިބިގަތުމަށް އެބޭކަލުން ވަޑައިގަތުމުން އޭނާ ބުންޏެވެ. ސުވަރުގޭގައި ރަނާއި ރިއްސާއި ފަށުވި ފޭރާމާ އަދި ހުރިހާ ވައްތަރެއްގެ މޭވާ ހުންނަކަމުގައި ކަލޭމެން ހީކުރަމުނޫންހެއްޔެވެ؟ އެބޭކަލުން ވިދާޅުވިއެވެ. އެއީ ތެދެކެވެ. ދެން އޭނާ ބުނެފިއެވެ. ކަލޭމެންގެ ތިޔަކަމުގެ ވަގުތުއޮތީ ތިޔަބުނާ آخرة ދުވަހުންނެވެ. އަދި ބުންޏެވެ. ﷲ ގަންދީ ބުނަމެވެ. އަހުރެންނަށް މުދަލާއި ދަރިންދެއްވޭނެއެވެ. އަދި ކަލޭމެންނަށް ތިޔަވާ ފޮތްކަހަލަ ފޮތެއްވެސް ދެއްވޭނެއެވެ. ދެންފަހެ އޭނާގެ މިސާލު އޭނާގެ ވާހަކަ قرآن ގައި بيان ކުރެއްވިއެވެ. އަދި އެހެނިހެން ރިވާޔަތްވެސް އެބަހުއްޓެވެ. = تفسير الطبري =
-
19:78
أَطَّلَعَ ٱلْغَيْبَ أَمِ ٱتَّخَذَ عِندَ ٱلرَّحْمَـٰنِ عَهْدًا
ʹAṭ-ṭalaʻal G̣ayba ʹamit takhaẓa ʻiñdar Raḥmaani ʻahdaa?
އޭނާ ފަހެ އެހެން އެބުނީ އޭނާއަށް غيب އެނގިގެންހެއްޔެވެ؟ ނުވަތަ رحمن ވަންތަ ﷲ ގެ حضرة ން އޭނާ عهد އެއް ހިފީހެއްޔެވެ؟ (އެބަހީ: އޭނާ ﷲ އަށް އީމާންވެ صالح عمل ކުރީހެއްޔެވެ. އެހެންވެސް ނޫނެވެ. ހަމަ ބުނާ ހުސް ބުނުމެކެވެ.)
-
19:79
كَلَّا ۚ سَنَكْتُبُ مَا يَقُولُ وَنَمُدُّ لَهُۥ مِنَ ٱلْعَذَابِ مَدًّا
Kallaa! Sanaktubu maa- yaq̣oolu wa-namuddu lahoo minal ʻaẓaabi maddaa.
އެއްގޮތަކަށްވެސް އޭނާ އެބުނާގޮތެއް ނުވާނެއެވެ. އޭނާ އެބުނާ އެއްޗެއް ނިކަންހުރެ ތިމަންރަސްކަލާނގެ ލިއުއްވާހުށީމެވެ. އެއީ އޭނާގެ މުދަލާއި ދަރިންނެވެ. އަދި عذاب ގެތެރޭގައި ތިމަންރަސްކަލާނގެ އޭނާ ދަމަހައްޓަވާހުށީމެވެ.
-
19:80
وَنَرِثُهُۥ مَا يَقُولُ وَيَأْتِينَا فَرْدًا
Wanaris̤uhoo maa- yaq̣oolu wa-yaʹteenaa fardaa.
އަދި އޭނާ އެބުނާތަކެތި އެބަހީ: ދަރިންނާއި މުދާ ތިމަންރަސްކަލާނގެ ވާރުތަކުރާހުށީމެވެ. އަދި قيامة ދުވަހުން އޭނާ ތިމަންރަސްކަލާނގެ حضرة އަށް އަންނާނީ ހަމައެކަންޏެވެ.
-
19:81
وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةً لِّيَكُونُوا۟ لَهُمْ عِزًّا
Wattakhaẓoo miñ doonil laahi ʹaalihatal liyakoonoo lahum ʻizzaa!
އަދި އެމީހުން އެބަހީ: އެ مشرك ން ﷲ ފިޔައި إله ންތަކެއް ހިފައި إختيار ކުރީއެވެ. އެއީ އެމީހުންނަށް އެތަކެތީގެފަރާތުން عزّة އާއި ބާރުލިބޭނެކަމަށެވެ. ނުވަތަ عذاب ން ސަލާމަތްކުރާނެ ކަމަށެވެ. شفاعة ތެރިވާނޭކަމަށެވެ.
-
19:82
كَلَّا ۚ سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدًّا
Kallaa! sayakfuroona biʻibaadatihim wa-yakoonoona ʻalayhim ḍiddaa.
އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އެމީހުން އެތަކެއްޗަށް އެކުރާ އަޅުކަމާމެދު (قيامة ދުވަހުން) އެތަކެތި އެމީހުންނާ އިދިކޮޅުހަދާނެއެވެ. އަދި އެތަކެތި ވާނީ ދިމާ އެމީހުންގެ އިދިކޮޅަށެވެ.
-
19:83
أَلَمْ تَرَ أَنَّآ أَرْسَلْنَا ٱلشَّيَـٰطِينَ عَلَى ٱلْكَـٰفِرِينَ تَؤُزُّهُمْ أَزًّا
ʹAlam tara ʹannaaa ʹarsalnash shayaaṭeena ʻalal kaafireena taʹuzzuhum ʹazzaa?
(އޭ رسول ﷲ އެވެ.) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކާފަރުންގެމައްޗަށް ޝައިތާނުން ފޮނުއްވާކަން ކަލޭގެފާނަށް އެނގިވަޑައިނުގަންނަވައިތޯއެވެ؟ އެސޮރުމެން އެކާފަރުންގެ މީހުން މަގުފުރެއްދުމާއި އޮޅުވައިލުމުގައި ގަދަޔަށް حركاة ތެރިވެ މަސައްކަތްކުރެއެވެ. އުރެދުމުގެތެރެއަށް ވައްޓާލައެވެ.
-
19:84
فَلَا تَعْجَلْ عَلَيْهِمْ ۖ إِنَّمَا نَعُدُّ لَهُمْ عَدًّا
Falaa taʻjal ʻalayhim: ʹinnamaa naʻuddu lahum ʻaddaa.
ފަހެ ކަލޭގެފާނު އެމީހުންނަށް عذاب އައުމަށް އަވަސްވެވަޑައިނުގަންނަވާށެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ عمل ތަކާއި އަދި އެމީހުންގެ ނޭވާތައް عدد ކުރައްވައި ބައްލަވަމެވެ. ހިސާބުކުރައްވަމެވެ.
-
19:85
يَوْمَ نَحْشُرُ ٱلْمُتَّقِينَ إِلَى ٱلرَّحْمَـٰنِ وَفْدًا
Yawma naḥshurul Muttaq̣eena ʹilar Raḥmaani wafdaa,
تقوى ވެރި މާތްމީހުން ތިމަންރަސްކަލާނގެ محشر ކުރައްވައި އެއްކުރައްވާދުވަސް (ހަނދުމަފުޅުކުރައްވާށެވެ.) އެދުވަހުން އެމީހުން جماعة جماعة އަށް ބައިބަޔަށް رحمن ވަންތަ حضرة އަށް އަންނާނެއެވެ.
-
19:86
وَنَسُوقُ ٱلْمُجْرِمِينَ إِلَىٰ جَهَنَّمَ وِرْدًا
Wa-nasooq̣ul mujrimeena ʹilaa Jahannama wirdaa.
އަދި ނުބައިމީހުން - مجرم ން - ފެންބޮވައި ކަރުހިތްކައިގެންވާ حال ތިމަންރަސްކަލާނގެ އެމީހުން ނަރަކައަށް ދަމާގެންދާހުށީމެވެ.
-
19:87
لَّا يَمْلِكُونَ ٱلشَّفَـٰعَةَ إِلَّا مَنِ ٱتَّخَذَ عِندَ ٱلرَّحْمَـٰنِ عَهْدًا
Laa- yamlikoonash shafaaʻata ʹillaa manit takhaẓa ʻiñdar Raḥmaani ʻahdaa.
(مؤمن ން އެއްބަޔަކު އަނެއްބަޔަކަށް شفاعة ތެރިވަމުންދާއިރު) މިކާފަރުންނަށް އެއްވެސް شفاعة އެއް މިލްކުވެގެން ނުވާނެއެވެ. ހަމައެކަނި رحمن ވަންތަ ރަސްކަލާނގެ حضرة ން عهد އެއް ހިފައިފައިވާ މީހަކުމެނުވީއެވެ. (އެބަހީ: އެކަލާނގެ حضرة އަށް إيمان ވެ صالح عمل ކޮށް رسول އަށް إيمان ވެ ނަހީކުރެއްވި ކަންތަކުން ދުރުވެގަތްމީހަކުމެނުވީއެވެ. އެފަދަމީހުންނަށް شفاعة ވެއެވެ.
-
19:88
وَقَالُوا۟ ٱتَّخَذَ ٱلرَّحْمَـٰنُ وَلَدًا
wa-q̣aalut takhaẓar Raḥmaanu waladaa!
އަދި އެމީހުން ބުންޏެވެ. رحمن ވަންތަ ރަސްކަލާނގެ ދަރިކަލަކު ހިއްޕަވައިފިއެވެ. ދަރިކަލަކު إختيار ކުރައްވައިފިއެވެ.
-
19:89
لَّقَدْ جِئْتُمْ شَيْـًٔا إِدًّا
Laq̣ad jiʹtum shayʹan ʹiddaa!
(އޭ މިތިބަ ކާފަރުންނޭވެ!) ކަލޭމެން އެހެން ބުނެފިއްޔާ އެބުނީ ހަމަ ވަރަށްބޮޑުވެގެންވާ ބަހެކެވެ.
-
19:90
تَكَادُ ٱلسَّمَـٰوَٰتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ ٱلْأَرْضُ وَتَخِرُّ ٱلْجِبَالُ هَدًّا
Takaadus samaawaatu yatafaṭṭarna minhu wa-tañshaq̣ q̣ul-ʹarḍu wa-takhirrul jibaalu haddaa,
އޭގެސަބަބުން އުޑުތައް ފަޅަފަޅައިގެންދިއުން ގާތްވެގެންވެއެވެ. އަދި ބިންގަނޑު ކަނޑަކަނޑައިގެންގޮސް އަދި ފަރުބަދަތައް ހަލާކުވެ ކުދިކުދިވެ ތިރިވުން ގާތްވެގެންވާ ވަރުގެ ވާހަކައެކެވެ.
-
19:91
أَن دَعَوْا۟ لِلرَّحْمَـٰنِ وَلَدًا
ʹAñ daʻaw lir-Raḥmaani waladaa.
رحمن ވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާކަމުގައި ބުނުމަކީ އެފަދަ ބޮޑުކުށެކެވެ.
-
19:92
وَمَا يَنۢبَغِى لِلرَّحْمَـٰنِ أَن يَتَّخِذَ وَلَدًا
Wa-maa yambag̣ee lir-Raḥmaani ʹañy yattakhiẓa waladaa.
رحمن ވަންތަ ރަސްކަލާނގެ ދަރިކަލަކު ހިއްޕެވުމަކީ، ދަރިކަލަކު إختيار ކުރެއްވުމަކީ އެއްގޮތަކަށްވެސް އެކަލާނގެއަށް އެކަށީގެންވާ ކަމެއްނޫނެވެ. ބޭނުންވެވޮޑިގެންވާކަމެއްނޫނެވެ. އެކަލާނގެ އަމިއްލަޒާތުފުޅާއިގެން ފުދިވޮޑިގެންވެއެވެ.
-
19:93
إِن كُلُّ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ إِلَّآ ءَاتِى ٱلرَّحْمَـٰنِ عَبْدًا
ʹIñ kullu mañ fis samaawaati wal-ʹarḍi ʹillaaa ʹaatir Raḥmaani ʻabdaa.
رحمن ވަންތަ ﷲ އަށް އަޅެއްގެގޮތުގައި އަންނާނެ مخلوق އެއްމެނުވީ އުޑުތަކާއި ބިމުގައި ނުވެއެވެ. (އެބަހީ: ކޮންމެ مخلوق އެއްވެސް قيامة ދުވަހުން ﷲ ގެ އަޅެއްގެގޮތުގައި އެކަލާނގެ حضرة އަށް އަންނާނެއެވެ.)
-
19:94
لَّقَدْ أَحْصَىٰهُمْ وَعَدَّهُمْ عَدًّا
Laq̣ad ʹaḥṣaahum wa-ʻaddahum ʻaddaa.
ހަމަކަށަވަރުން މާތްރަސްކަލާނގެ އެމީހުންގެ عدد ތައް ބައްލަވާ ހިމަނުއްވައެވެ. (އެއްވެސް مخلوق އެއް ގެއްލި އުނިވެ ވީނުވީ ނޭނގި ނުދާނެއެވެ.)
-
19:95
وَكُلُّهُمْ ءَاتِيهِ يَوْمَ ٱلْقِيَـٰمَةِ فَرْدًا
Wa-kulluhum ʹaateehi yawmal Q̣iyaamati fardaa.
އަދި އެހުރިހާ މީހުން قيامة ދުވަހުން އެކަނި އެކަނިން އެކަލާނގެ حضرة އަށް އަންނަހުއްޓެވެ.
-
19:96
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَيَجْعَلُ لَهُمُ ٱلرَّحْمَـٰنُ وُدًّا
ʹInnal laẓeena ʹaamanoo wa-ʻamiluṣ ṣaaliḥaati sayajʻalu lahumur Raḥmaanu wuddaa.
ހަމަކަށަވަރުން އީމާންވެގެން صالح عمل ކުރި މީސްތަކުން (ދަންނައެވެ.) رَحمن ވަންތަ ކަލާނގެ ނިކަންހުރެ އެމީހުންނަށް ލޯބިވެތިކަން މީސްތަކުންގެ ހިތްތަކުގައި ލައްވާހުއްޓެވެ.
-
19:97
فَإِنَّمَا يَسَّرْنَـٰهُ بِلِسَانِكَ لِتُبَشِّرَ بِهِ ٱلْمُتَّقِينَ وَتُنذِرَ بِهِۦ قَوْمًا لُّدًّا
Faʹinnamaa yassarnaahu bilisaanika litubashshira bihil Muttaq̣eena wa-tuñẓira bihee q̣awmal luddaa.
(އޭ رسول ﷲ އެވެ.) ދެންފަހެ ކަލޭގެފާނުންގެ ދޫފުޅަށް ތިމަންރަސްކަލާނގެ މި قرآن ފަސޭހަކޮށްދެއްވީމެވެ. އެއީ تقوى ވެރިންނަށް އެ قرآن ން ކަލޭގެފާނުން އުފާވެރިކަމުގެ خبر ދެއްވުމަށެވެ. އަދި ދެކޮޅުވެރިކަން ގަދަވެގެންވާ ބަޔަކަށް (مكّة ގެ قريش ންނަށް) އެ قرآن ން ކަލޭގެފާނު إنذار ކުރެއްވުމަށެވެ. ބިރުވެރިކަމުގެ خبر ދެއްވުމަށެވެ.
-
19:98
وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هَلْ تُحِسُّ مِنْهُم مِّنْ أَحَدٍ أَوْ تَسْمَعُ لَهُمْ رِكْزًۢا
Wa-kam ʹahlaknaa q̣ablahum miñ q̣arn? Hal tuḥissu minhum min ʹaḥadin ʹaw tasmaʻu lahum rikzaa?
އަދި އެ قريش ންގެކުރިން ކިތައްކިތައް أمّة ތިމަންރަސްކަލާނގެ ހަލާކުކުރެއްވިން ހެއްޔެވެ؟ އެބަހީ: ވަރަށްގިނަމީހުން (އެމީހުން ނުކިޔަމަންތެރިވުމުން) ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ. ފަހެ އެމީހުންކުރެ އެކެއްގެ إحساس އެއްވެސް ހިލަމެއްވެސް ކަލޭގެފާނަށްވޭތޯއެވެ؟ ނުވަތަ އެއިން މީހެއްގެ އަޑެއްވިޔަސް ހިރުމެއްވިޔަސް ކަލޭގެފާނަށް އިވިވަޑައިގަންނަވައިތޯއެވެ؟ (މިއިން އެއްވެސްކަމެއް ނެތެވެ.)
Surah TahaBegins here at 20:1
-
20:1
طه
Ṭaa-Haa.
މި كلمة ގެ މާނައަކީ އޭ ފިރިހެނާއެވެ. މިއީ سُرِيَانِى ބަހުން ކިޔާގޮތެވެ. އަދި نَبْطِى ބަހުންނަމަ އޭ އިންސާނާއެވެ. މި كلمة އިން މުރާދުކުރެވެނީ رسول ﷲ ﷺ އެވެ. ދެން ފަހުން މިއަންނަ އާޔަތް އެގޮތުގެމައްޗަށް دليل ކުރެއެވެ. والله أعلم.
-
20:2
مَآ أَنزَلْنَا عَلَيْكَ ٱلْقُرْءَانَ لِتَشْقَىٰٓ
Maaa ʹañzalnaa ʻalaykal Q̣ur-ʹaana litashq̣aa,
- (3) ތިމަންރަސްކަލާނގެ ކަލޭގެފާނަށް ނުއުފުލެވޭވަރުގެ تَكْلِيْف އެއް ޖައްސަވާ ބުރަކުރެއްވުމަކަށް ކަލޭގެފާނުންގެމައްޗަށް قرآن ބާވައި ނުލައްވަމެވެ. (އެކަމަކު) قرآن ބާވައިލެއްވީ ބިރުވެތިވާ މީހަކަށްވާ ހަނދާންކޮށްދެއްވުމަކަށެވެ. އޭނާއަށްވާ وعظ نصيحة އާއި عبرة އަކަށެވެ.
-
20:3
إِلَّا تَذْكِرَةً لِّمَن يَخْشَىٰ
ʹIllaa taẓkiratal limañy yakhshaa,
- (3) ތިމަންރަސްކަލާނގެ ކަލޭގެފާނަށް ނުއުފުލެވޭވަރުގެ تَكْلِيْف އެއް ޖައްސަވާ ބުރަކުރެއްވުމަކަށް ކަލޭގެފާނުންގެމައްޗަށް قرآن ބާވައި ނުލައްވަމެވެ. (އެކަމަކު) قرآن ބާވައިލެއްވީ ބިރުވެތިވާ މީހަކަށްވާ ހަނދާންކޮށްދެއްވުމަކަށެވެ. އޭނާއަށްވާ وعظ نصيحة އާއި عبرة އަކަށެވެ.
-
20:4
تَنزِيلًا مِّمَّنْ خَلَقَ ٱلْأَرْضَ وَٱلسَّمَـٰوَٰتِ ٱلْعُلَى
Tañzeelam mimman khalaq̣al ʹarḍa was-samaawaatil ʻulaa.
އެ قرآن އަކީ ބިމާއި އަދި މަތިވެރިވެގެންވާ އުޑުތައް ހެއްދެވި ކަލާނގެ حضرة ންވާ ބާވައިލެއްވުމެކެވެ.
-
20:5
ٱلرَّحْمَـٰنُ عَلَى ٱلْعَرْشِ ٱسْتَوَىٰ
ʹAr-Raḥmaanu ʻalal ʻArshis tawaa.
رحمن ވަންތަ ﷲ عرش އަށް إستواى ވެވޮޑިގެންނަވައިފިއެވެ.
-
20:6
لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ وَمَا بَيْنَهُمَا وَمَا تَحْتَ ٱلثَّرَىٰ
Lahoo maa- fis samaawaati wa-maa fil ʹarḍi wa-maa baynahumaa wa-maa taḥtas̤ s̤araa.
އުޑުތަކުގައިވާހާ ތަކެއްޗާއި ބިމުގައިވާހާ ތަކެއްޗާއި އަދި އެދެމެދުގައިވާހާ ތަކެއްޗާއި އަދި ފައިތަޅާގައި (ބިމުގެ ދަށުގައި) ވާހާތަކެއްޗާއި މިހުރިހާ ތަކެތި خاصّ ވެ މިލްކުވެގެންވަނީ ހަމަ އެކަލާނގެއަށެވެ.
-
20:7
وَإِن تَجْهَرْ بِٱلْقَوْلِ فَإِنَّهُۥ يَعْلَمُ ٱلسِّرَّ وَأَخْفَى
Wa-ʹiñ tajhar bilq̣awli faʹinnahoo yaʻlamus sirra wa-ʹakhfaa.
އަދި (އޭ رسول ﷲ އެވެ.) ކަލޭގެފާނު ބަސްފުޅުގެ އަޑުއުފުއްލެއްވިޔަސް (އަދި މަޑުކުރެއްވިޔަސް އެކަލާނގެއަށް ހަމަހަމައެވެ.) އެހެނީ ހަމަކަށަވަރުން މީސްތަކުންނަށް ސިއްރުކުރާ ތަކެއްޗާއި އަދި ތިމާގެ نفس އަށް ވަންހަނާކުރާތަކެތިވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.
-
20:8
ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ
ʹAllaahu laaa ʹilaaha ʹillaa Hoo! Lahul ʹAsmaaaʹul Ḥusnaa.
އެކަލާނގެ އެއީ ﷲ އެވެ. އެކަލާނގެ މެނުވީ يعني: ﷲ މެނުވީ (އަޅުކަންވެވުން حقّ) އެހެން إله އަކު ނުވެއެވެ. އެންމެހާ ރަނގަޅު ރިވެތި ނަންފުޅުތައް އެކަލާނގެއަށް خاصّ ވެގެންވެއެވެ.
-
20:9
وَهَلْ أَتَىٰكَ حَدِيثُ مُوسَىٰٓ
Wa-hal ʹataaka ḥadees̤u Moosaa?
އަދި (އޭ رسول ﷲ އެވެ.) ކަލޭގެފާނަށް موسى (عليه السّلام) ގެ ވާހަކަ އެނގިވަޑައިގެންފައިވޭތޯއެވެ. (އޭރު އެކަލޭގެފާނު ހުންނެވީ أهل ވެރިންނާއިއެކު صَحَرَاى ގައި ރޭގަނޑު މަގު ގެއްލިފައެވެ. ފިނިބާރު ރެއެކެވެ.)
-
20:10
إِذْ رَءَا نَارًا فَقَالَ لِأَهْلِهِ ٱمْكُثُوٓا۟ إِنِّىٓ ءَانَسْتُ نَارًا لَّعَلِّىٓ ءَاتِيكُم مِّنْهَا بِقَبَسٍ أَوْ أَجِدُ عَلَى ٱلنَّارِ هُدًى
ʹIẓ raʹaa naarañ faq̣aala liʹahlihim kus̤ooo ʹinneee ʹaanastu naaral laʻalleee ʹaateekum minhaa biq̣abasin ʹaw ʹajidu ʻalan naari hudaa.
އެހިނދު އެކަލޭގެފާނު އެކަލޭގެފާނުންގެ أهل ވެރިންނަށް ވިދާޅުވިއެވެ. ކަލޭމެން މިތާ ތިބޭށެވެ. އަހުރެންނަށް އަލިފާނެއް ފެނެއެވެ. އެތަނުން (ކަލޭމެން ހީފިލުވުމަށް) އަލިފާން ދަރުބުރިއެއް ހިފައިގެން ކަލޭމެން ގާތަށް އަހުރެން އައުން أمّيد ކުރެވެއެވެ. ނުވަތަ އަލިފާނުގެ ކައިރިން މަގުއޮޅުންފިލުވައިދޭނެ މީހަކު ފެނުން أمّيد ކުރެވެއެވެ. އެތަނުން ތެދުމަގު ލިބިދާނެއެވެ.
-
20:11
فَلَمَّآ أَتَىٰهَا نُودِىَ يَـٰمُوسَىٰٓ
Falammaaa ʹataahaa noodiya yaa-Moosaa!
ދެންފަހެ އެކަލޭގެފާނު އެތަނަށް (އަލިފާނުގެ ކައިރިއަށް) ވަޑައިގެންނެވިހިނދުން އެކަލޭގެފާނަށް ގޮވާލެވުނެވެ. نِداء އިއްވެވުނެވެ. އޭ موسى އެވެ.
-
20:12
إِنِّىٓ أَنَا۠ رَبُّكَ فَٱخْلَعْ نَعْلَيْكَ ۖ إِنَّكَ بِٱلْوَادِ ٱلْمُقَدَّسِ طُوًى
ʹInneee ʹAna Rabbuka fakhlaʻ naʻlayk: ʹInnaka bilwaadil muq̣addasi Ṭuwaa.
ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ކަލޭގެފާނުންގެ ربّ އެވެ. ފަހެ ކަލޭގެފާނުންގެ ފައިވާންޖޯޑުކޮޅު ބާލުއްވާށެވެ. ހަމަކަށަވަރުން ކަލޭގެފާނު ތިޔަވަނީ طُوَى އެކިޔާ مقدّس طاهر ވާދީގައެވެ.
-
20:13
وَأَنَا ٱخْتَرْتُكَ فَٱسْتَمِعْ لِمَا يُوحَىٰٓ
Wa- ʹanakhtartuka fastamiʻ limaa yooḥaa.
އަދި ތިމަންރަސްކަލާނގެ (رسول ކަމަށް) ކަލޭގެފާނު إختيار ކުރައްވައިފީމެވެ. އެހެންވެ وحي ގައި އިއްވެވޭ އެއްޗަކަށް އައްސަވާށެވެ.
-
20:14
إِنَّنِىٓ أَنَا ٱللَّهُ لَآ إِلَـٰهَ إِلَّآ أَنَا۠ فَٱعْبُدْنِى وَأَقِمِ ٱلصَّلَوٰةَ لِذِكْرِىٓ
ʹInnaneee ʹAnal laahu laaa ʹilaaha ʹillaaa ʹAna faʻbudnee wa-ʹaq̣imiṣ Ṣalaata liẓikree.
ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ﷲ އެވެ. ތިމަންރަސްކަލާނގެ މެނުވީ (حقّ) އެހެން އެއްވެސް إله އަކު ނުވެއެވެ. ފަހެ އެހެންވެ ތިމަންރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަންކުރައްވާށެވެ. އަދި ތިމަންރަސްކަލާނގެ ހަނދުމަ ކުރެއްވުމަށް ނަމާދު قائم ކުރައްވާށެވެ.
-
20:15
إِنَّ ٱلسَّاعَةَ ءَاتِيَةٌ أَكَادُ أُخْفِيهَا لِتُجْزَىٰ كُلُّ نَفْسٍۭ بِمَا تَسْعَىٰ
ʹInnas Saaʻata ʹaatiyatun ʹakaadu ʹukhfeehaa litujzaa kullu nafsim bimaa tasʻaa.
ހަމަކަށަވަރުން قيامة ދުވަސް އަންނަނީއެވެ. (އެއީ އަންނާނެ އެއްޗެކެވެ.) ތިމަންރަސްކަލާނގެ ذات ފުޅަށްވެސް އެދުވަސް ވަންހަނާކުރެއްވުން ގާތްވެގެންވެއެވެ. (އެބަހީ: އެއްވެސް މީހަކަށް އެދުވަސް ނާންގަވާހުށީމެވެ.) އެދުވަސް އަންނަހުށީ ކޮންމެ نفس އަކަށްވެސް އެ نفس އެއް ކުރިކަންތަކަށް (ހެވަސް ނުބަޔަސް) ޖަޒާދެއްވުމަށެވެ.
-
20:16
فَلَا يَصُدَّنَّكَ عَنْهَا مَن لَّا يُؤْمِنُ بِهَا وَٱتَّبَعَ هَوَىٰهُ فَتَرْدَىٰ
Falaa yaṣuddannaka ʻanhaa mal laa yuʹminu bihaa wattabaʻa hawaahu fatardaa!
ފަހެ قيامة ދުވަހަށް إيمان ނުވާމީހުން ކަލޭގެފާނު ހުއްޓުވިޔަނުދޭށެވެ. އެބަހީ: ކަލޭގެފާނު قيامة ދުވަހަށް ތައްޔާރުވިޔަނުދީ އެމީހުންގެ ބަހަށް ހެއްލިގެންދިޔަ ނުދެއްވާށެވެ. ކަލޭގެފާނު އެހެން ހައްދަވައިފިއްޔާ ކަލޭގެފާނު ހަލާކުވެދާނެއެވެ.
-
20:17
وَمَا تِلْكَ بِيَمِينِكَ يَـٰمُوسَىٰ
Wa-maa tilka biyameenika yaa-Moosaa?
އޭ موسى އެވެ. ކަލޭގެފާނުންގެ ކަނާތްޕުޅުގައި ތިޔަވަނީ ކޮންއެއްޗެއްތޯއެވެ؟
-
20:18
قَالَ هِىَ عَصَاىَ أَتَوَكَّؤُا۟ عَلَيْهَا وَأَهُشُّ بِهَا عَلَىٰ غَنَمِى وَلِىَ فِيهَا مَـَٔارِبُ أُخْرَىٰ
Q̣aala hiya ʻaṣaaya ʹatawakkaʹu ʻalayhaa wa-ʹahushshu bihaa ʻalaa g̣anamee wa-liya feehaa maʹaaribu ʹukhraa.
އެކަލޭގެފާނު ދެންނެވިއެވެ. އެއީ މިއަޅާގެ އަސާއެވެ. (މިއަޅާ ހިނގާއިރުގައްޔާ އަދި ކޮޅަށް ހުންނައިރުވެސް) އޭގެ މައްޗަށް މިއަޅާ ބުރަވެހުންނަ އަދި އެއިން މިއަޅާގެ ބަކަރިތަކަށް މިއަޅާ ގަހުން ފަތްބިންނަ އެއްޗެވެ. އަދި އެނޫން އެތައް ބޭނުންތަކެއް އޭގައި މިއަޅާއަށް ވެއެވެ.
-
20:19
قَالَ أَلْقِهَا يَـٰمُوسَىٰ
Q̣aala ʹalq̣ihaa yaa-Moosaa!
އެކަލާނގެ وحي ކުރެއްވިއެވެ. އޭ موسى އެވެ. އޭތި އެއްލަވާބައްލަވާށެވެ.
-
20:20
فَأَلْقَىٰهَا فَإِذَا هِىَ حَيَّةٌ تَسْعَىٰ
Faʹalq̣aahaa faʹiẓaa hiya ḥayyatuñ tasʻaa.
ފަހެ އެކަލޭގެފާނު އޭތި އެއްލައިފިއެވެ. ދެންފަހެ އެހައިރުން ދުވާ ހަރުފައަކަށް އޭތި ވެއްޖެއެވެ.
-
20:21
قَالَ خُذْهَا وَلَا تَخَفْ ۖ سَنُعِيدُهَا سِيرَتَهَا ٱلْأُولَىٰ
Q̣aala khuẓhaa wa-laa takhaf, sanuʻeeduhaa seeratahal ʹoolaa.
އެކަލާނގެ وحي ކުރެއްވިއެވެ. ކަލޭގެފާނު އޭގައި ހިއްޕަވާށެވެ. އަދި ބިރުފުޅުގެންވަޑައިނުގަންނަވާށެވެ. ނިކަންހުރެ ތިމަންރަސްކަލާނގެ އޭތި ކުރީގެ حالة އަށް ހައްދަވާހުށީމެވެ. (ދެންފަހެ އެކަލޭގެފާނު އޭގައި ހިއްޕެވުމުން އޭތި އަސަޔަކަށް ބަދަލުވެއްޖެއެވެ.)
-
20:22
وَٱضْمُمْ يَدَكَ إِلَىٰ جَنَاحِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍ ءَايَةً أُخْرَىٰ
Waḍmum yadaka ʹilaa janaaḥika takhruj bayḍaaaʹa min g̣ayri soooʹin ʹAayatan ʹukhraa,
އަދި ކަލޭގެފާނުންގެ އަތްޕުޅު އަރިކަށްޓާ އަތާއި ދޭތެރެއަށް ލައްވާ ބައްލަވާށެވެ. (ދެން އެއަތްޕުޅު ނެރުއްވާއިރު) އެއަތްޕުޅު ނުކުންނާނީ އެއްވެސް ބައްޔެއް އަދި ނުބައެއްނެތި ހުދުކޮށެވެ. އަލިކޮށެވެ. (އެއީ އަސާކޮޅުގެ معجزة ގެ އިތުރުން) އެހެން دليل އެކެވެ. އެހެން معجزة އެކެވެ. (މި دليل ތައް)
-
20:23
لِنُرِيَكَ مِنْ ءَايَـٰتِنَا ٱلْكُبْرَى
Linuriyaka min ʹAayaatinal kubraa.
މިއީ ތިމަންރަސްކަލާނގެ (އެއްކައުވަންތަކަމާއި ކުޅަދުންވަންތަ ކަމަށް دليل ކުރާ) ބޮޑެތި دليل ތަކުގެތެރެއިން މިންވަރެއް ކަލޭގެފާނަށް ދެއްކެވުމަށް ކަލޭގެފާނަށް ދެއްކެވުނު ތަކެއްޗެވެ.
-
20:24
ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ
ʹIẓhab ʹilaa firʻawna ʹinnahoo ṭag̣aa.
ކަލޭގެފާނު فرعون ގެގާތަށް (رسول ކަމާއިގެން) ވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އޭނާ ނުކިޔަމަންތެރިވެ ބޮޑާވެ ހައްދުފަހަނަޅައިފިއެވެ.
-
20:25
قَالَ رَبِّ ٱشْرَحْ لِى صَدْرِى
Q̣aala Rabbish raḥ lee ṣadree;
އެކަލޭގެފާނު يعني: موسى عليه السّلام ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ! މިއަޅާގެ ހިތް ތަނަވަސްކޮށްދެއްވާނދޭވެ. (އެއީ އިބަރަސްކަލާނގެ އިއްވަވާ وحي ވިސްނައިގަތުމަށްޓަކައެވެ.)
-
20:26
وَيَسِّرْ لِىٓ أَمْرِى
Wa-yassir leee ʹamree;
(އަދި نبي ކަމާއި رسول ކަމުގެ مَسْؤُ لِيَّةُ) މިއަޅާއަށް ފަސޭހަކޮށްދެއްވާދޭވެ.
-
20:27
وَٱحْلُلْ عُقْدَةً مِّن لِّسَانِى
Waḥlul ʻuq̣datam milli saanee,
އަދި މިއަޅާގެ ދުލުގައިވާ ގޮށް މޮއްސަވާދެއްވާދޭވެ. ދޫފަސޭހަކޮށްދެއްވާދޭވެ.
-
20:28
يَفْقَهُوا۟ قَوْلِى
Yafq̣ahoo q̣awlee:
އެއީ މިއަޅާގެ ވާހަކައާއި ބަސް މީސްތަކުން ވިސްނާ فَهْمُ ކޮށްގަތުމަށްޓަކައެވެ.
-
20:29
وَٱجْعَل لِّى وَزِيرًا مِّنْ أَهْلِى
Wajʻal lee Wazeeram min ʹahlee,
އަދި މިއަޅާގެ أهل ވެރިންގެތެރެއިން މިއަޅާއަށް وَزِيْر އެއް (يعني: އެހީތެރި ވާގިވެރިއެއް) ލައްވާނދޭވެ.
-
20:30
هَـٰرُونَ أَخِى
Haaroona ʹakhee;
އެއީ މިއަޅާގެ أخ هَارون އެވެ.
-
20:31
ٱشْدُدْ بِهِۦٓ أَزْرِى
ʹUshdud biheee ʹazree,
އޭނާގެ ސަބަބުން މިއަޅާގެ ބުރިކަށިގަދަކޮށްދެއްވާނދޭވެ! (މިއަޅާގެ ބާރުގަދަކޮށްދެއްވާނދޭވެ!)
-
20:32
وَأَشْرِكْهُ فِىٓ أَمْرِى
Wa-ʹashrik-hu feee ʹamree:
އަދި މިއަޅާގެ ކަންތަކުގައި (އެބަހީ: نبي ކަމާއި رسول ކަމުގައި) އޭނާ ބައިވެރިކޮށްދެއްވާންދޭވެ!
-
20:33
كَىْ نُسَبِّحَكَ كَثِيرًا
Kay nusabbiḥaka kas̤eeraa.
އެއީ މިއަޅުން އިބަރަސްކަލާނގެއަށް ގިނަގިނައިން تسبيح ކިއުމަށެވެ.
-
20:34
وَنَذْكُرَكَ كَثِيرًا
Wa-naẓkuraka kas̤eeraa:
އަދި ގިނަގިނައިން މިއަޅުން އިބަރަސްކަލާނގެ ހަނދުމަކޮށް ذِكر ކުރުމަށެވެ.
-
20:35
إِنَّكَ كُنتَ بِنَا بَصِيرًا
ʹInnaka kuñta binaa baṣeeraa.
ހަމަކަށަވަރުން އިބަރަސްކަލާނގެ ވަނީ މިއަޅުންނާއިމެދު ބައްލަވާވޮޑިގެންވާ ކަލަކުކަމުގައެވެ.
-
20:36
قَالَ قَدْ أُوتِيتَ سُؤْلَكَ يَـٰمُوسَىٰ
Q̣aala q̣ad ʹooteeta suʹlaka yaa-Moosaa!
އެކަލާނގެ وحي ކުރެއްވިއެވެ. އޭ موسى އެވެ! ހަމަކަށަވަރުން ކަލޭގެފާނު އެކަންކަމަށް އެދިވަޑައިގެން ތިޔަ ސުވާލުކުރެއްވި ކަންތައްތައް ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވައިފީމެވެ.
-
20:37
وَلَقَدْ مَنَنَّا عَلَيْكَ مَرَّةً أُخْرَىٰٓ
Wa-laq̣ad manannaa ʻalayka marratan ʹukhraa,
އަދި އެހެންފަހަރަކު ތިމަންރަސްކަލާނގެ ކަލޭގެފާނުންގެމައްޗަށް إحسان ތެރިވެވޮޑިގެން ދަރުމަވަންތަވެރިވެ ވޮޑިގެންނެވީމެވެ. (އެއީކަލޭގެފާނު ވަރަށްތުއްޕުޅުއިރުއެވެ.)
-
20:38
إِذْ أَوْحَيْنَآ إِلَىٰٓ أُمِّكَ مَا يُوحَىٰٓ
ʹIẓ ʹawḥaynaaa ʹilaaa ʹummika maa- yooḥaa,
އެއީ ކަލޭގެފާނުންގެ މަންމާފުޅަށް ތިމަންރަސްކަލާނގެ އެ إلْهَام ކުރެއްވި އެއްޗެއް إلهام ކުރެއްވިހިނދުގައެވެ.
-
20:39
أَنِ ٱقْذِفِيهِ فِى ٱلتَّابُوتِ فَٱقْذِفِيهِ فِى ٱلْيَمِّ فَلْيُلْقِهِ ٱلْيَمُّ بِٱلسَّاحِلِ يَأْخُذْهُ عَدُوٌّ لِّى وَعَدُوٌّ لَّهُۥ ۚ وَأَلْقَيْتُ عَلَيْكَ مَحَبَّةً مِّنِّى وَلِتُصْنَعَ عَلَىٰ عَيْنِىٓ
ʹAni q̣ẓifeehi fit taabooti faq̣ẓifeehi fil yammi fal-yulq̣ihil yammu bis-saaḥili yaʹkhuẓhu ʻaduwwul lee wa-ʻaduwwul lah: wa-ʹalq̣aytu ʻalayka maḥabbatam minnee: wa-lituṣnaʻa ʻalaa ʻaynee.
(އެކަމަނާއަށް ތިމަންރަސްކަލާނގެ إلْهَام ކުރެއްވީމެވެ.) ކަމަނާ އެދަރިކަލުން ބޮޑުފޮށްޓަކަށް ލައްވާފައި ކަނޑަށް އެބަހީ: نِيْلُ ކޯރަށް އެއްލަވާށެވެ! ދެން ކަނޑު އެފޮށި ގޮނޑުދޮށަށް އެއްލާހުށިކަމެވެ. އެބަހީ: ރާޅުތަޅަމުން ލައްވެދާނެއެވެ. އަދި ތިމަންރަސްކަލާނގެއާއި އަދި އެދަރިކަލުންގެ عَدُوُّ يعني: فرعون އެފޮށި ނަގައިފާނެއެވެ. އަދި (ތިމަންރަސްކަލާނގެ ބައެއް އަޅުންގައި) ކަލޭގެފާނުންގެމައްޗަށް ތިމަންރަސްކަލާނގެ ލޯބިޖެއްސެވީމެވެ. އަދި އެހުރިހާ ކަމެއް ތިމަންރަސްކަލާނގެ ފުރިހަމަ ބެއްލެވުމުގެ ދަށުން ހިންގެވީމެވެ.
-
20:40
إِذْ تَمْشِىٓ أُخْتُكَ فَتَقُولُ هَلْ أَدُلُّكُمْ عَلَىٰ مَن يَكْفُلُهُۥ ۖ فَرَجَعْنَـٰكَ إِلَىٰٓ أُمِّكَ كَىْ تَقَرَّ عَيْنُهَا وَلَا تَحْزَنَ ۚ وَقَتَلْتَ نَفْسًا فَنَجَّيْنَـٰكَ مِنَ ٱلْغَمِّ وَفَتَنَّـٰكَ فُتُونًا ۚ فَلَبِثْتَ سِنِينَ فِىٓ أَهْلِ مَدْيَنَ ثُمَّ جِئْتَ عَلَىٰ قَدَرٍ يَـٰمُوسَىٰ
ʹIẓ tamsheee ʹukhtuka fataq̣oolu hal ʹadullukum ʻalaa mañy yakfuluh? Farajaʻnaaka ʹilaaa ʹummika kay taq̣arra ʻaynuhaa wa-laa taḥzan. Wa-q̣atalta nafsañ fanajjaynaaka minal g̣ammi wa-fatannaaka futoonaa. Falabis̤ta sineena feee ʹahli Madyan: S̤umma jiʹta ʻalaa- q̣adariñy Yaa-Moosaa!
(އޭ موسى އެވެ.) ކަލޭގެފާނުންގެ أُخْتُ ކަމަނާ (ކަލޭގެފާނާބެހޭ خبر އެއް ހޯދުމަށް) ހިންގަވާފައި ދިޔަހިނދު ހަނދުމަފުޅުކުރައްވާށެވެ. (އެއީ ކަލޭގެފާނު ތުއްޕުޅުއިރު ފޮއްޓަކަލައްވައި ނީލަކޯރަށް އެއްލައިލުމަށްފަހު فرعون ގެ ގަނޑުވަރުގެ މީހުން އެފޮށިނަގައި ކަލޭގެފާނަށް ކިރުފޮދު އަރުވާނެމީހަކު ހޯއްދެވި ހިނދުގައެވެ. ފަހެ އެކަމަނާ (فرعون ގެ ގަނޑުވަރުގެ މީހުންނަށް) ބުންޏެވެ. އެދަރިކަލުން ގެންގުޅެ ބަލާ އަދި ކިރުދީހަދާނެ މީހެއްގެ ވާހަކަ އަހުރެން ކަލޭމެންނަށް އަންގައިދެންހެއްޔެވެ؟ (ދެންފަހެ އެކަމަނާގެ ބަހާއި އެއްބަސްވުމުން) ކަލޭގެފާނުންގެ މަންމާފުޅުގެ އަރިހަށް ކަލޭގެފާނު رجوع ކޮށްދެއްވީމެވެ. އެއީ އެކަމަނާގެ ލޯފުޅަށް ފިނިކަން ގެނަސްދެއްވައި އެކަމަނާ ހިތާމަ ނުކުރުމަށްޓަކައެވެ. (ދެން ކަލޭގެފާނު ބޮޑުފުޅުވުމަށްފަހު) އެމީހުންގެ يعني: قِبْطِى ންގެ މީހަކު މަރައިލީމުއެވެ. އަދި އެމީހާ މަރައިލެވުމުގެ ހިތާމައިން ތިމަންރަސްކަލާނގެ ކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ކަލޭގެފާނު އެތައްގޮތަކުން إمتحان ކުރެއްވީމެވެ. އެއީ (رسول ކަމުގެ مسؤليّة އުފުއްލެވުމަށެވެ.) އަދި مَدْيَنُ ގެ أهل ވެރިންގެ ގާތުގައި ކަލޭގެފާނު އަހަރުތަކަކު ހުންނެވީމުއެވެ. އޭ موسى އެވެ. ދެން ކަނޑައެޅިގެންވާ ވަގުތު رسول ކަމުގެ مسؤليّة އަދާކުރެއްވުމަށް ކަނޑައެޅިގެންވާ ވަގުތު ކަލޭގެފާނު ތިޔަވަޑައިގެންނެވީއެވެ. އެއީ ނިޔާކުރެވިފައިވާ ވަގުތެވެ.
-
20:41
وَٱصْطَنَعْتُكَ لِنَفْسِى
Waṣṭanaʻtuka linafsee.
އަދި ތިމަންރަސްކަލާނގެ (رسول ކަމަށް) ކަލޭގެފާނު خاصّ ކުރައްވައި إختيار ކުރެއްވީމެވެ.
-
20:42
ٱذْهَبْ أَنتَ وَأَخُوكَ بِـَٔايَـٰتِى وَلَا تَنِيَا فِى ذِكْرِى
ʹIẓhab ʹañta wa-ʹakhooka biʹAayaatee wa-laa taniyaa fee ẓikree.
ކަލޭގެފާނާއި އަދި ކަލޭގެފާނުންގެ أخ (هارون ގެފާނާއި) ތިމަންރަސްކަލާނގެ أية ތަކާއިގެން ތިޔަދެބޭކަލުން ވަޑައިގަންނަވާށެވެ. އަދި ތިމަންރަސްކަލާނގެއަށް ذِكر ކުރުމުން (ތިމަންރަސްކަލާނގެ ހަނދާންކުރުމުން) ތިޔަ ދެކަލުން ބަލިކަށިނުވާށެވެ. ފޫހިނުވާށެވެ.
-
20:43
ٱذْهَبَآ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ
ʹIẓhabaaa ʹilaa Firʻawna ʹinnahoo ṭag̣aa;
ތިޔަ ދެކަލުން فرعون ގާތަށް ވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އޭނާ ބޮޑާވެ ނުކިޔަމަންތެރިވެއްޖެއެވެ.
-
20:44
فَقُولَا لَهُۥ قَوْلًا لَّيِّنًا لَّعَلَّهُۥ يَتَذَكَّرُ أَوْ يَخْشَىٰ
Faq̣oolaa lahoo q̣awlal layyinal laʻallahoo yataẓakkaru ʹaw yakhshaa.
ތިޔަދެކަލުން އޭނާޔަށް މަޑުމައިތިރި ބަސް / އޯގާވެރި ބަސްބުނާށެވެ. އެއީ އޭނާ ހަނދާންކޮށް نصيحة ލިބިގަނޭތޯއެވެ. ނުވަތަ އޭނާ ބިރުވެތިވޭތޯއެވެ.
-
20:45
قَالَا رَبَّنَآ إِنَّنَا نَخَافُ أَن يَفْرُطَ عَلَيْنَآ أَوْ أَن يَطْغَىٰ
Q̣aalaa Rabbanaaa ʹinnanaa nakhaafu ʹañy yafruṭa ʻalaynaaa ʹaw ʹañy yaṭg̣aa.
އެދެބޭކަލުން ދެންނެވިއެވެ. އަޅަމެން ބިރުގަންނަނީ އޭނާ އަޅަމެންގެ މައްޗަށް عقوبة އަވަސްކޮށް ގިނަކޮށްފާނެތީއެވެ. ނުވަތަ އޭނާ ހައްދުފަހަނަޅައިފާނެތީއެވެ.
-
20:46
قَالَ لَا تَخَافَآ ۖ إِنَّنِى مَعَكُمَآ أَسْمَعُ وَأَرَىٰ
Q̣aala laa- takhaafaaa ʹinnanee maʻakumaaa ʹasmaʻu wa-ʹaraa.
އެކަލާނގެ وحي ކުރެއްވިއެވެ. ތިޔަދެބޭކަލުން ބިރުނުގަންނާށެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ވޮޑިގެންވަނީ ތިޔަދެބޭކަލުންނާ އެކުގައެވެ. ތިޔަދެބޭކަލުންގެ ބަސްއައްސަވާ އަދި ބައްލަވާވޮޑިގެންވަމެވެ.
-
20:47
فَأْتِيَاهُ فَقُولَآ إِنَّا رَسُولَا رَبِّكَ فَأَرْسِلْ مَعَنَا بَنِىٓ إِسْرَٰٓءِيلَ وَلَا تُعَذِّبْهُمْ ۖ قَدْ جِئْنَـٰكَ بِـَٔايَةٍ مِّن رَّبِّكَ ۖ وَٱلسَّلَـٰمُ عَلَىٰ مَنِ ٱتَّبَعَ ٱلْهُدَىٰٓ
Faʹtiyaahu faq̣oolaaa ʹinnaa Rasoolaa Rabbika faʹarsil maʻanaa Baneee ʹIsraaaʹeel: wa-laa tuʻaẓẓibhum: q̣ad jiʹnaaka biʹAayatim mir Rabbik! Was-Salaamu ʻalaa manit tabaʻal Hudaa!
ތިޔަދެކަލުން އޭނާއަށް ވިދާޅުވާށެވެ. ހަމަކަށަވަރުން އަހުރެމެންނަކީ މަނިކުފާނުގެ ربّ ފޮނުއްވި ދެ رسول ންނީމުއެވެ. (ދެންފަހެ އެދެބޭކަލުން فرعون ގެގާތަށް ވަޑައިގެން دين އަށް ގޮވާލައްވާ) އަދި ވިދާޅުވިއެވެ. އަޅުގަނޑުމެންނާއެކު بني إسْرائيل ފޮނުއްވާށެވެ. އަދި އެމީހުންނަށް عذاب ނުދައްކާށެވެ. ހަމަކަށަވަރުން އަޅުގަނޑުމެން މިއައީ މަނިކުފާނުންގެ ربّ ގެ حضرة ން معجزة އާއިގެންނެވެ. އަދި ސަލާމަތްކަންހުރީ ތެދުމަގާއި تبع ވެއްޖެ މީހަކަށެވެ.
-
20:48
إِنَّا قَدْ أُوحِىَ إِلَيْنَآ أَنَّ ٱلْعَذَابَ عَلَىٰ مَن كَذَّبَ وَتَوَلَّىٰ
ʹInnaa q̣ad ʹooḥiya ʹilaynaaa ʹannal ʻAẓaaba ʻalaa mañ kaẓ-ẓaba wa-tawallaa.
އަދި ހަމަކަށަވަރުން عذاب ހުރީ (ﷲ އާއި رسول ން) ދޮގުކޮށް އަދި إيمان ކަމަށް ފުރަގަސްދިން މީހަކަށެވެ.
-
20:49
قَالَ فَمَن رَّبُّكُمَا يَـٰمُوسَىٰ
Q̣aala famar Rabbukumaa yaa-Moosaa?
(فرعون ވިދާޅުވިއެވެ.) އޭ موسى އެވެ! ކަލޭމެން ދެމީހުންގެ ربّ އަކީ ކާކުހެއްޔެވެ؟
-
20:50
قَالَ رَبُّنَا ٱلَّذِىٓ أَعْطَىٰ كُلَّ شَىْءٍ خَلْقَهُۥ ثُمَّ هَدَىٰ
Q̣aala Rabbunal laẓeee ʹaʻṭaa kulla shayʹin khalq̣ahoo s̤umma hadaa.
އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. އަހުރެމެންގެ ربّ އަކީ ކޮންމެ ފިރިހެން ޖިންސަކަށް އެފަދަ އަންހެން އެއްޗެއް ހައްދަވައި ދެއްވި ކަލާނގެއެވެ. / ނުވަތަ ކޮންމެ އެއްޗަކަށްވެސް އޭގެ ސިފަޔާއި صورة ދެއްވި ކަލާނގެއެވެ. ދެން ކޮންމެ އެއްޗަކަށްވެސް (އެ އެއްޗެއްގެ ބޭނުންތައް ފުއްދާނޭގޮތް ދައްކަވައި އެކަމުގެ) هداية ދެއްވި ކަލާނގެއެވެ.
-
20:51
قَالَ فَمَا بَالُ ٱلْقُرُونِ ٱلْأُولَىٰ
Q̣aala famaa baalul q̣uroonil ʹoolaa?
(فرعون ވިދާޅުވިއެވެ.) ފަހެ އެހެންވިއްޔާ އިސްވެދިޔަ أمّة ތަކާމެދު ބުނަނީ ކީކޭހެއްޔެވެ؟ އެމީހުންގެ ކަންތައްވަނީ ކިހިނަކުންހެއްޔެވެ؟
-
20:52
قَالَ عِلْمُهَا عِندَ رَبِّى فِى كِتَـٰبٍ ۖ لَّا يَضِلُّ رَبِّى وَلَا يَنسَى
Q̣aala ʻilmuhaa ʻiñda Rabbee fee Kitaab: laa- yaḍillu Rabbee wa-laa yañsaa,
އެކަލޭގެފާނު ވިދާޅުވިއެވެ. އެމީހުންގެ އެންމެހައިކަމެއް އަދި އެމީހުންގެ معلومات ވަނީ ތިމަންކަލޭގެފާނުންގެ ربّ ގެ حضرة ގައިވާ ފޮތެއްގައެވެ. އެކަލާނގެ އެއިން އެއްޗެއް މަދުކުރައްވާ އުނިކުރައްވައި ނުހައްދަވާނެއެވެ. އަދި އެކަލާނގެ ހަނދުމަނެތިވެވޮޑިނުގަންނަވާނެއެވެ.
-
20:53
ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ مَهْدًا وَسَلَكَ لَكُمْ فِيهَا سُبُلًا وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجْنَا بِهِۦٓ أَزْوَٰجًا مِّن نَّبَاتٍ شَتَّىٰ
ʹAllaẓee jaʻala lakumul ʹarḍa mahdañw wa-salaka lakum feehaa subulañw waʹañzala minas samaaaʹi maaaʹaa. Faʹakhrajnaa biheee ʹazwaajam min nabaatiñ shattaa.
އެކަލާނގެއީ ތިޔަބައިމީހުންނަށްޓަކައި ތަންމައްޗެއްފަދައިން ބިންގަނޑު ލެއްވި ކަލާނގެއެވެ. އަދި ކަލޭމެންނަށްޓަކައި އެކަލާނގެ އެބިމުގައި މަގުތައް ލައްވައި ހެއްދެވިއެވެ. އަދި އުޑުން ފެންބާވައިލެއްވިއެވެ. ދެންފަހެ އެފެނުން ތިމަންރަސްކަލާނގެ ތަފާތު ވައްތަރުވައްތަރުގެ ގަސްގަހާގެހީގެ ޖޯޑުޖޯޑުނެރުއްވީމެވެ.
-
20:54
كُلُوا۟ وَٱرْعَوْا۟ أَنْعَـٰمَكُمْ ۗ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّأُو۟لِى ٱلنُّهَىٰ
Kuloo warʻaw ʹanʻaamakum: ʹinna fee ẓaalika laʹAayaatil liʹulin nuhaa.
އަދި (އެކަލާނގެ ވަޙީ ކުރެއްވިއެވެ.) އޭ މީސްތަކުންނޭވެ! އެގަސްގަހުން ކަލޭމެން ކައިބޮއިހަދާށެވެ! އަދި ކަލޭމެންގެ نعم ސޫފިތަކަށް ކާންދޭށެވެ! ހުއިހައްޕުވާށެވެ! އަދި ހަމަކަށަވަރުން އެކަންކަމުގައި (އެބަހީ: އާޔަތްތަކުގައި އެވާ އިސްވެ އެދިޔަ ކަންކަމުގައި) ބުއްދީގެ أهل ވެރިންނަށް ކަނޑައެޅި بيان ވެގެންވާ دليل ތައްވެއެވެ. އެބަހީ: ﷲ ގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ دليل ތައްވެއެވެ.
-
20:55
۞ مِنْهَا خَلَقْنَـٰكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ
Minhaa khalaq̣naakum wa-feehaa nuʻeedukum wa-minhaa nukhrijukum taaratan ʹukhraa.
(އޭ މީސްތަކުންނޭވެ!) ތިމަންރަސްކަލާނގެ ކަލޭމެން ހެއްދެވީ އެބިމުންނެވެ. އަދި (މަރުވީމާ) ތިމަންރަސްކަލާނގެ އެބިމަށް ކަލޭމެން إعاد ކުރައްވާހުށީމެވެ. (ބިމުގައި ވަޅުލާހުށީމެވެ.) ދެން އަލުން ދެވަނަފަހަރަށް އެބިމުން ތިމަންރަސްކަލާނގެ ކަލޭމެން ނެރުއްވާހުށީމެވެ. (އެއީ حِسَاب ބައްލަވާ ޖަޒާ ދެއްވުމަށެވެ.)
-
20:56
وَلَقَدْ أَرَيْنَـٰهُ ءَايَـٰتِنَا كُلَّهَا فَكَذَّبَ وَأَبَىٰ
Wa-laq̣ad ʹaraynaahu ʹAayaatinaa kullahaa fakaẓẓaba wa-ʹabaa.
އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ مُعْجِزَةُ ތިމަންރަސްކަލާނގެ އޭނާއަށް ދެއްކެވީމެވެ. ފަހެ އޭނާ އެ مُعْجِزَةُ ތައް ދޮގުކުރީއެވެ. އަދި - إيمان ވުމުން - މަނާވެގަތީއެވެ.
-
20:57
قَالَ أَجِئْتَنَا لِتُخْرِجَنَا مِنْ أَرْضِنَا بِسِحْرِكَ يَـٰمُوسَىٰ
Q̣aala ʹajiʹtanaa litukhrijanaa min ʹarḍinaa bisiḥrika yaa-Moosaa?
އަދި އޭނާ (موسى عليه السّلام އާއި مخاطب ކޮށް) ބުންޏެވެ. އޭ موسى އެވެ! ކަލޭ އަހުރެމެންގާތަށް ތިޔަ އައީ ކަލޭގެ سِحْرُ ގެ ބާރުން އަހުރެމެން، އަހުރެމެންގެ ބިމުން ނެރެލާށެވެ.
-
20:58
فَلَنَأْتِيَنَّكَ بِسِحْرٍ مِّثْلِهِۦ فَٱجْعَلْ بَيْنَنَا وَبَيْنَكَ مَوْعِدًا لَّا نُخْلِفُهُۥ نَحْنُ وَلَآ أَنتَ مَكَانًا سُوًى
Falanaʹtiyannaka bisiḥrim mis̤lihee fajʻal baynana wa-baynaka mawʻidal laa nukhlifuhoo naḥnu wa-laaa ʹañta makaanañ suwaa.
ފަހެ ނިކަންހުރެ އަހުރެމެން ކަލޭގާތަށް ހަމަ އެފަދަ سِحْرُ އެއް ގެންނަހުށީމެވެ. ފަހެ ކަލެޔާ އަހުރެމެންނާ ދެބައިމީހުން ބައްދަލުވާނޭ ވަގުތަކާއި ތަނެއް ކަނޑައަޅާށެވެ. އަދި އެވަގުތަކީ އަދި އެތަނަކީ އަހުރެމެންނާއި ކަލެޔާއި خلاف ނުވާ ހަމަހަމަ ވަގުތަކާއި ތަނަކަށް ވާންވާނެއެވެ.
-
20:59
قَالَ مَوْعِدُكُمْ يَوْمُ ٱلزِّينَةِ وَأَن يُحْشَرَ ٱلنَّاسُ ضُحًى
Q̣aala mawʻidukum yawmuz zeenati wa-ʹañy yuḥsharan naasu ḍuḥaa.
އެކަލޭގެފާނު ވިދާޅުވިއެވެ. އެވަގުތަކީ ޒީނަތްތެރިވާދުވަހެވެ. - عيد ދުވަހެވެ. އަދި އެދުވަހުގެ ضُحى ވަގުތު يعني: ދުވާލުގެ ކުރީކޮޅު މީސްތަކުން ޖަމާވެވެންވާނެއެވެ. ޖަމާކުރަންވާނެއެވެ.
-
20:60
فَتَوَلَّىٰ فِرْعَوْنُ فَجَمَعَ كَيْدَهُۥ ثُمَّ أَتَىٰ
Fatawallaa firʻawnu fajamaʻa kaydahoo s̤umma ʹataa.
ފަހެ فرعون حقّ އާއި ދުރަށް އެނބުރި ފުރަގަސްދީފިއެވެ. އަދި އޭނާ سِحْرُ ވެރިން ޖަމާކޮށް ގޮތްތައް ރާވައިފިއެވެ. ދެން ކަނޑައެޅިގެންވާ ވަގުތު އެތަނަށް އަތުވެއްޖެއެވެ.
-
20:61
قَالَ لَهُم مُّوسَىٰ وَيْلَكُمْ لَا تَفْتَرُوا۟ عَلَى ٱللَّهِ كَذِبًا فَيُسْحِتَكُم بِعَذَابٍ ۖ وَقَدْ خَابَ مَنِ ٱفْتَرَىٰ
Q̣aala lahum Moosaa waylakum laa- taftaroo ʻalal laahi kaẓibañ fayusḥitakum̃ biʻaẓaab: wa-q̣ad khaaba manif taraa!
موسى - عليه السّلام - އެމީހުންނަށް يعني: سِحْرُ ވެރިންނަށް ވިދާޅުވިއެވެ. ކަލޭމެންގެ މައްޗަށް ހަލާކު ހުއްޓެވެ. ނަމަނަމަ ކަލޭމެން ﷲ ގެ މައްޗަށް ދޮގެއް ނަހަދާހުށިކަމެވެ. ފަހެ އޭރުން عذاب އެއް އައިސް ކަލޭމެން ހަލާކުވެދާނެއެވެ. އަދި ދޮގުވެރި ކޮންމެ މީހަކު ގެއްލިހަލާކުވެއްޖެއެވެ.
-
20:62
فَتَنَـٰزَعُوٓا۟ أَمْرَهُم بَيْنَهُمْ وَأَسَرُّوا۟ ٱلنَّجْوَىٰ
Fatanaazaʻooo ʹamrahum̃ baynahum wa-ʹasarrun najwaa.
ދެންފަހެ އެމީހުން يعني: سِحْرُ ވެރިން އެމީހުންގެ ކަންތަކާއިމެދު އެމީހުންގެމެދުގައި ދެބަސްވެ އަރައިރުން އުފެދިއްޖެއެވެ. (އެއްބަޔަކު ބުންޏެވެ. موسى އާއި هارون އާއި ދެމީހުންނަކީ ދެ سِحْرُ ވެރިންކަމުގައިވަންޏާ އަހުރެމެން ގަދަވާނެއެވެ. އަދި އެއީ އުޑުގެ ކަމެއްކަމުގައިވަންޏާ އަހުރެމެން ބަލިވާނެއެވެ.) އަދި އެމީހުން ސިއްރު ޖަލްސާކުރިއެވެ.
-
20:63
قَالُوٓا۟ إِنْ هَـٰذَٰنِ لَسَـٰحِرَٰنِ يُرِيدَانِ أَن يُخْرِجَاكُم مِّنْ أَرْضِكُم بِسِحْرِهِمَا وَيَذْهَبَا بِطَرِيقَتِكُمُ ٱلْمُثْلَىٰ
Q̣aalooo ʹin haaẓaani lasaaḥiraani yureedaani ʹañy yukhrijaakum min ʹarḍikum̃ bisiḥrihimaa wa-yaẓhabaa biṭareeq̣atikumul mus̤laa.
އެމީހުން يعني: سحر ވެރިން - ބުންޏެވެ. (އެސިއްރު ޖަލްސާގައި އެމީހުންބުނީ) ހަމަކަށަވަރުން މިދެމީހުންނަކީ يعني: موسى އާއި هارون އާއި ދެމީހުންނަކީ ކަނޑައެޅިގެން ދެ سِحْرُ ވެރިންނެވެ. އެމީހުން އެ އެދެނީ އެދެމީހުންގެ سِحْرُ ގެ ބާރުން ކަލޭމެން ކަލޭމެންގެ ބިމުން ނެރޭށެވެ. އަދި ކަލޭމެންގެ ރަނގަޅުގޮތް (ރަނގަޅު ދީން) ދުއްވައިލާށެވެ. (ނުވަތަ ކަލޭމެންގެތެރޭގައި ތިބި ރަނގަޅު މީހުންނާއިގެން ދާށެވެ. އެއީ بني إسرئيل ންނެވެ.)
-
20:64
فَأَجْمِعُوا۟ كَيْدَكُمْ ثُمَّ ٱئْتُوا۟ صَفًّا ۚ وَقَدْ أَفْلَحَ ٱلْيَوْمَ مَنِ ٱسْتَعْلَىٰ
Faʹajmiʻoo kaydakum s̤ummaʹ too ṣaffaa: wa-q̣ad ʹaflaḥal yawma manis taʻlaa.
އޭ މިތިބަ سِحْرُ ވެރިންނޭވެ. ކަލޭމެން ކަލޭމެންގެ سِحْرُ ގެ ރޭވުންތައް ރާވައި ގަދަކޮށް ރަނގަޅު ކުރާށެވެ. ދެން ކަލޭމެން އެއްސަފަކަށް އަންނާށެވެ. އަދި ހަމަކަށަވަރުން މިއަދު މަތިވެރިވެ ގަދަވެއްޖެމީހަކު ކާމިޔާބުވެ ނަސީބުވެރިވެއްޖެއެވެ.
-
20:65
قَالُوا۟ يَـٰمُوسَىٰٓ إِمَّآ أَن تُلْقِىَ وَإِمَّآ أَن نَّكُونَ أَوَّلَ مَنْ أَلْقَىٰ
Q̣aaloo yaa-Moosaaa ʹimmaaa ʹañ tulq̣iya wa-ʹimmaaa ʹan nakoona ʹawwala man ʹalq̣aa?
އެމީހުން يعني: سِحْرُ ވެރިން ހުރިހާކަމެއް ރޭވުމަށްފަހު ދެންނެވިއެވެ. އޭ موسى އެވެ. އެހެންޏާ ކަލޭގެފާނު (އަސާކޮޅު) އެއްލަވާށެވެ. އަދި އެހެންނޫނީވިއްޔާ އެންމެ ފުރަތަމަ (سِحْرُ ގެ ސާމާނު) އުކާބަޔަކު ކަމުގައި އަހުރެމެން ވެދާހުށީމެވެ.
-
20:66
قَالَ بَلْ أَلْقُوا۟ ۖ فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِن سِحْرِهِمْ أَنَّهَا تَسْعَىٰ
Q̣aala bal ʹalq̣oo! Faʹiẓaa ḥibaaluhum wa-ʻiṣiyyuhum yukhayyalu ʹilayhi miñ siḥrihim ʹannahaa tasʻaa!
އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެން އުކާށެވެ! (ދެންފަހެ އެމީހުން އެމީހުންގެ سِحْرُ ގެ ވާބުރިތަކާ ދަނޑިބުރިތައް سِحْرُ ހަދާފައި އުކައިފިއެވެ.) ފަހެ އެހައިރުން އެމީހުންގެ ވާބުރިތަކާއި އެމީހުންގެ އަސާތައް އެކަލޭގެފާނަށް يعني: موسى عليه السّلام އަށް ހީފުޅުވީ އެމީހުންގެ سِحْرُ ގެބާރުން އެތަކެތި ހަމަކަށަވަރުން ދުވަނީކަމުގައެވެ. حركاة ކުރަނީކަމުގައެވެ. އެއީ ހަމަގަދަ سِحْرُ އެވެ.
-
20:67
فَأَوْجَسَ فِى نَفْسِهِۦ خِيفَةً مُّوسَىٰ
Faʹawjasa fee nafsihee kheefatam Moosaa.
ފަހެ موسى عليه السّلام އެކަލޭގެފާނުންގެ نفس ފުޅަށް ބިރުފުޅުގަތުމެއް إحساس ވެވަޑައިންފިއެވެ.
-
20:68
قُلْنَا لَا تَخَفْ إِنَّكَ أَنتَ ٱلْأَعْلَىٰ
Q̣ulnaa laa- takhaf ʹinnaka ʹantal ʹaʻlaa:
ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެންގެވީމެވެ. ކަލޭގެފާނު ބިރުފުޅުގެންވަޑައިނުގަންނަވާށެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ އެންމެ މަތިވާނެ މީހާއެވެ. އެބަހީ: އެމީހުންނަށްވުރެ މާމަތިވާނެއެވެ.
-
20:69
وَأَلْقِ مَا فِى يَمِينِكَ تَلْقَفْ مَا صَنَعُوٓا۟ ۖ إِنَّمَا صَنَعُوا۟ كَيْدُ سَـٰحِرٍ ۖ وَلَا يُفْلِحُ ٱلسَّاحِرُ حَيْثُ أَتَىٰ
Waʹalq̣i maa- fee yameenika talq̣af maa- ṣanaʻoo. ʹInnamaa ṣanaʻoo kaydu saaḥir: wa-laa yufliḥus saaḥiru ḥays̤u ʹataa.
އަދި ކަލޭގެފާނުންގެ ކަނާތްޕުޅުގައި ތިޔަވާއެތި އެއްލައްވާށެވެ. އެމީހުން އެހެދިހާތަކެތި އެއެތި ކައި ދިރުވާނެއެވެ. ހަމަކަށަވަރުން އެމީހުން އެހެދިހާވެސް އެއްޗަކީ سِحْرُ ވެރިންގެ ރޭވުމާއި މަކަރެވެ. އަދި سِحْرُ ވެރިޔާވީ ކޮންމެތަނެއްގައިވެސް އޭނާއަށް ކާމިޔާބު ނުވާނެއެވެ. (ދެންފަހެ އެކަލޭގެފާނު އަސާކޮޅު އެއްލެވިއެވެ. އަދި އެހައިރުން ميدان ގައި حركاة ކުރާހެން ހީވި سِحْرُ ގެ ހުރިހާތަކެތި (އެ ވާބުރިތަކާއި ދަނޑިބުރިތައް) އެކަލޭގެފާނުންގެ އަސާކޮޅު ހަރުފަޔަކަށްވެގެންގޮސް ކައި ހުސްކޮށްލައިފިއެވެ. އެހިނދު سِحْرُ ވެރި އެންމެން އިމާންވެއްޖެއެވެ.)
-
20:70
فَأُلْقِىَ ٱلسَّحَرَةُ سُجَّدًا قَالُوٓا۟ ءَامَنَّا بِرَبِّ هَـٰرُونَ وَمُوسَىٰ
Faʹulq̣iyas saharatu sujjadañ q̣aalooo ʹaamannaa bi-Rabbi Haaroona wa-Moosaa.
ފަހެ އެންމެހައި سِحْرُ ވެރިން سجدة ކުރާ حال ތިރިވެއްޖެއެވެ. އެބަހީ: سجدة ކޮށްފިއެވެ. އަދި އެމީހުން (އެކީ އެއްއަޑަކަށް) ބުންޏެވެ. އަހުރެމެން هارون އާއި موسى عليهما السّلام ގެ ربّ އަށް އީމާންވެއްޖައީމެވެ.
-
20:71
قَالَ ءَامَنتُمْ لَهُۥ قَبْلَ أَنْ ءَاذَنَ لَكُمْ ۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِى عَلَّمَكُمُ ٱلسِّحْرَ ۖ فَلَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَـٰفٍ وَلَأُصَلِّبَنَّكُمْ فِى جُذُوعِ ٱلنَّخْلِ وَلَتَعْلَمُنَّ أَيُّنَآ أَشَدُّ عَذَابًا وَأَبْقَىٰ
Q̣aala ʹaamañtum lahoo q̣abla ʹan ʹaaẓana lakum? ʹInnahoo lakabeerukumul laẓee ʻallamakumus siḥr! Falaʹuq̣aṭṭiʻanna ʹaydiyakum wa-ʹarjulakum min khilaafiñw walaʹuṣallibannakum fee juẓooʻin nakhl: wa-lataʻlamunna ʹayyunaaa ʹashaddu ʻaẓaabañw Waʹabq̣aa!
އޭނާ يعني: فرعون ބުންޏެވެ. ކަލޭމެންނަށް އަހުރެން إذْنَ ނުދެނީސް ކަލޭމެން އޭނާއަށް އީމާންވީހެއްޔެވެ؟ ހަމަކަށަވަރުން އޭނާއަކީ އެބަހީ: موسى އަކީ ކަލޭމެންނަށް سِحْرُ އުގަންނައިދިން ކަލޭމެންގެ ބޮޑުމީހާއެވެ. ފަހެ ހަމަކަށަވަރުން ކަލޭމެންގެ އަތްތަކާއި ފައިތައް ތަފާތުކޮށް އެބަހީ: ކަންކުތިވާގޮތަށް (ކަނާތާއި ވައަތުފައިވާގޮތަށް) އަހުރެން ކަނޑާހުށީމެވެ. އަދި ހަމަކަށަވަރުން ކަދުރު ރުކުގެ ގަސްގަނޑުގައި ކަނޑައެޅިގެން ކަލޭމެން صَلِيْبُ ކުރާހުށީމެވެ. އަދި އަހުރެންނާއި موسى އާއި ދެމީހުންކުރެ عذاب ގަދަވެފައި ދެމިހުރުން ބޮޑީކާކުކަން ކަލޭމެންނަށް އެނގިދާނެއެވެ. (سِحْرُ ވެރިންނަކީ އެޒަމާނުގައި އެފަދައެއްނުވާ މޮޅު سِحْرُ ވެރިންނެވެ. سِحْرُ އާއި معجزة އާއި ދޭތި ވަކިކުރަން އެމީހުންނަށް އެނގިއްޖެއެވެ. ކޮންމެ فَنّ އެއްގެވެސް އޭގެ أهل ވެރިބަޔަކަށް އޭގެ حقيقة އެނގޭނެއެވެ. موسى ގެފާނުންގެ ކަމަކީ سِحْرُ ނޫންކަން އެމީހުންނަށް ރަނގަޅަށް އެނގި އަވަހަށް އީމާންވީއެވެ. فرعون ފޭހުނު އިލޮށިގަނޑުވަނީ އޭގެ ލޮލަށެވެ.)
-
20:72
قَالُوا۟ لَن نُّؤْثِرَكَ عَلَىٰ مَا جَآءَنَا مِنَ ٱلْبَيِّنَـٰتِ وَٱلَّذِى فَطَرَنَا ۖ فَٱقْضِ مَآ أَنتَ قَاضٍ ۖ إِنَّمَا تَقْضِى هَـٰذِهِ ٱلْحَيَوٰةَ ٱلدُّنْيَآ
Q̣aaloo lan nuʹs̤iraka ʻalaa maa- jaaaʹanaa minal Bayyinaati wallaẓee faṭaranaa faq̣ḍi maaa ʹañta q̣aaḍ. ʹInnamaa taq̣ḍee haaẓihil ḥayaatad dunyaa.
އެމީހުން يعني: سحر ވެރިން فرعون އަށް ބުންޏެވެ. އަހުރެމެންގެގާތަށް އެކަލޭގެފާނު يعني: موسى عليه السّلام އެގެންނެވި بيان ވެގެންވާ دليل ތަކުގެމައްޗަށް އަދި އަހުރެމެން ނެތުމުގެ ތެރެއިން ހެއްދެވި މަތިވެރި މާތް ﷲ ގެ މައްޗަށް އަހުރެމެން ކަލޭގެ ބަސް އިސްނުކުރާހުށީމެވެ. ފަހެ ކަލޭ ހަދާނެ އެއްޗެއް ކަލޭ ހަދާށެވެ. ހަމަކަށަވަރުން ކަލޭކުރާނެކަމެއް ކުރެވޭނެކަން ކަށަވަރީ ހަމަ މިދުނިޔޭގެ حياة ގައެވެ. އޭރުން ދެން އެނިމުނީއެވެ. އެހެންވެސްވާނީ ﷲ އިރާދަކުރެއްވިއްޔާއެވެ.
-
20:73
إِنَّآ ءَامَنَّا بِرَبِّنَا لِيَغْفِرَ لَنَا خَطَـٰيَـٰنَا وَمَآ أَكْرَهْتَنَا عَلَيْهِ مِنَ ٱلسِّحْرِ ۗ وَٱللَّهُ خَيْرٌ وَأَبْقَىٰٓ
ʹInnaaa ʹaamannaa bi-Rabbinaa liyag̣fira lanaa khaṭaayaanaa wa-maaa ʹakrahtanaa ʻalayhi minas siḥr: wallaahu Khayruñw WaʹAbq̣aa.
ހަމަކަށަވަރުން އަހުރެމެން އަހުރެމެންގެ ربّ އަށް إيمان ވެއްޖައީމެވެ. އެއީ އެކަލާނގެ އަހުރެމެންގެ ފާފަތައް ފުއްސެވުމަށާއި އަދި سحر ގެތެރެއިން ކަލޭ އަހުރެމެންނަށް مجبور ކޮށް އަހުރެމެން ނުރުހިގެންވާ حال އަހުރެމެންކުރި ކަންތައްވެސް އަހުރެމެންނަށް އެކަލާނގެ ފުއްސެވުމަށެވެ. އަދި (ثواب ދެއްވުމުގެގޮތުން ކަލެއަށްވުރެ) ﷲ މާހެޔޮވެގެންވެއެވެ. އަދި (عقوبة ދެއްވުމާއި عذاب ދެއްވުމުގެގޮތުން) އެކަލާނގެ عذاب އާއި عقوبة ދެމިހުރުން ބޮޑެވެ.
-
20:74
إِنَّهُۥ مَن يَأْتِ رَبَّهُۥ مُجْرِمًا فَإِنَّ لَهُۥ جَهَنَّمَ لَا يَمُوتُ فِيهَا وَلَا يَحْيَىٰ
ʹInnahoo mañy yaʹti Rabbahoo mujrimañ faʹinna lahoo Jahannam: laa- yamootu feehaa wa-laa yaḥyaa.
ހަމަކަށަވަރުން ނުބައިނުލަފާވެގެންވާ حال (قيامة ދުވަހުން) އެމީހެއްގެ ربّ ގެ حضرة އަށް އައިމީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އެމީހާއަށް ހުރީ ނަރަކައެވެ. އެތާނގައި އޭނާ މަރުނުވާނެއެވެ. އަދި ނުމެދިރޭނެމެއެވެ.
-
20:75
وَمَن يَأْتِهِۦ مُؤْمِنًا قَدْ عَمِلَ ٱلصَّـٰلِحَـٰتِ فَأُو۟لَـٰٓئِكَ لَهُمُ ٱلدَّرَجَـٰتُ ٱلْعُلَىٰ
Wa-mañy yaʹtihee Muʹminañ q̣ad ʻamilaṣ ṣaaliḥaati faʹulaaaʹika lahumud darajaatul ʻulaa,
އަދި އެމީހަކު ކަނޑައެޅިގެން صالح عمل ކޮށް مؤمن އަކުކަމުގައިވެގެންވާ حال އެމީހެއްގެ ربّ ގެ حضرة އަށް އައިމީހާ ދަންނައެވެ. ފަހެ އެފަދަ މީހުންނަށްހުރީ ކަނޑައެޅިގެން މަތިވެރި ދަރަޖަތަކެވެ.
-
20:76
جَنَّـٰتُ عَدْنٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ وَذَٰلِكَ جَزَآءُ مَن تَزَكَّىٰ
Jannaatu ʻAdniñ tajree miñ taḥtihal ʹanhaaru khaalideena feehaa: waẓaalika jazaaaʹu mañ tazakkaa.
އަދި އެމީހަކު ކަނޑައެޅިގެން صالح عمل ކޮށް مؤمن އަކުކަމުގައިވެގެންވާ حال އެމީހެއްގެ ربّ ގެ حضرة އަށް އައިމީހާ ދަންނައެވެ. ފަހެ އެފަދަ މީހުންނަށްހުރީ ކަނޑައެޅިގެން މަތިވެރި ދަރަޖަތަކެވެ.
-
20:77
وَلَقَدْ أَوْحَيْنَآ إِلَىٰ مُوسَىٰٓ أَنْ أَسْرِ بِعِبَادِى فَٱضْرِبْ لَهُمْ طَرِيقًا فِى ٱلْبَحْرِ يَبَسًا لَّا تَخَـٰفُ دَرَكًا وَلَا تَخْشَىٰ
Wa-laq̣ad ʹawḥaynaaa ʹilaa Moosaaa ʹan ʹasri biʻibaadee faḍrib lahum ṭareeq̣añ fil baḥri yabasal laa takhaafu darakañw walaa takhshaa.
އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ موسى عليه السّلام އަށް وحي ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އަޅުތަކުންނާއިގެން - އެބަހީ: بني إسرائيل ންނާއިގެން - ކަލޭގެފާނު ރޭގަނޑު ހިންގަވާފައި (ތިޔަރަށުން) ނުކުމެވަޑައިގެން ވަޑައިގަންނަވާށެވެ! އަދި އެމީހުންނަށްޓަކައި ކަނޑުގައި ހިކިމަގެއް ކަލޭގެފާނު ލައްވައިދެއްވާށެވެ އެމަގަކީ (فرعون އާއި އޭނާގެ މީހުން ކަލޭމެން އަތުލައިގަނެފާނެކަމުގެ ބިރެއްނުވާ އަދި غرق ވެދާނެކަމަށް) ކަލޭގެފާނު ބިރުނުގަންނަވާނޭ މަގެކެވެ.
-
20:78
فَأَتْبَعَهُمْ فِرْعَوْنُ بِجُنُودِهِۦ فَغَشِيَهُم مِّنَ ٱلْيَمِّ مَا غَشِيَهُمْ
Faʹatbaʻahum Firʻawnu bijunoodihee fag̣ashiyahum minal yammi maa- g̣ashiyahum.
ދެންފަހެ فرعون އޭނާގެ لشكر އާއިއެކު އެމީހުންގެފަހަތުން تبع ވެގެން އައެވެ. ދެން އަދި އެމީހުން يعني: فرعون އާއި އޭނާގެ لشكر ކަނޑުގެތެރޭގައި ނިވައިވެގެންދިޔައީއެވެ. غرق ވެ މަރުވެގެން ދިޔައީއެވެ. (މިއާޔަތުގައިމިވަނީ موسى عليه السّلام އާއި فرعون އާއި ދެމެދު އެތައްކަމެއްވެ. އަދި އެތައް ދުވަހެއްވުމަށްފަހު فرعون ހަލާކު ކުރެއްވުމުގެ ވާހަކައެވެ. މުޅި قرآن ގެ އެތައް މިތާ އެވާހަކަތައްވެއެވެ.)
-
20:79
وَأَضَلَّ فِرْعَوْنُ قَوْمَهُۥ وَمَا هَدَىٰ
Wa-ʹaḍalla Firʻawnu q̣awmahoo wa-maa hadaa.
އަދި فرعون އޭނާގެ قوم މުޅިން މަގުފުރައްދައިފިއެވެ. (އެއީ އޭނާ އެމީހުންނަށް ﷲ އަށް ކާފަރުވުމަށް އަމުރުކޮށް ސީދާމަގުން އެމީހުން ދުރުކުރިހިނދުންނެވެ.) އަދި އޭނާ އެމީހުންނަށް ތެދުމަގު ނުދެއްކިއެވެ. (އެއީ އެމީހުން موسى عليه السّلام އާއި تبع ވެ އެކަލޭގެފާނު ތެދުކުރުމުން އެމީހުންނަށް މަނާކޮށް ނަހީކުރިހިނދުންނެވެ.)
-
20:80
يَـٰبَنِىٓ إِسْرَٰٓءِيلَ قَدْ أَنجَيْنَـٰكُم مِّنْ عَدُوِّكُمْ وَوَٰعَدْنَـٰكُمْ جَانِبَ ٱلطُّورِ ٱلْأَيْمَنَ وَنَزَّلْنَا عَلَيْكُمُ ٱلْمَنَّ وَٱلسَّلْوَىٰ
Yaa-Baneee ʹIsraaaʹeela q̣ad ʹañjaynaakum min ʻaduwwikum wa-waaʻadnaakum jaanibaṭ Ṭooril ʹaymana wa-nazzalnaa ʻalaykumul Manna was-Salwaa:
އޭ بني إسرائيل ންނޭވެ! ހަމަކަށަވަރުން ކަލޭމެންގެ عدوّ ގެ ކިބައިން ތިމަންރަސްކަލާނގެ ކަލޭމެން ސަލާމަތް ކުރެއްވީމެވެ. އަދި طور ފަރުބަދައިގެ ކަނާތްފަރާތު ކައިރިޔަށް ކަލޭމެން ދިއުމަށް ތިމަންރަސްކަލާނގެ ކަލޭމެންނަށް وعد ކުރީމެވެ. (އެއީ موسى عليه السّلام އަށް وحي ބާވައިލައްވާއިރު އެމީހުންވެސް ﷲ ގެ ބަސްފުޅު އެހުމަށެވެ. އެއީ އެމީހުންނަށް އެކަލާނގެ ދެއްވި ބޮޑު نعمة އެކެވެ.) އަދި އެކަލާނގެ وحي ކުރެއްވިއެވެ. ތިމަންރަސްކަލާނގެ ކަލޭމެންގެ މައްޗަށް (ކާނާއެއްގެގޮތުން) مَنُّ އާއި سَلْوَى ބާވައިލެއްވީމެވެ. (މިދެބަހުގެމާނަ އިސްވެ ހިގައްޖެއެވެ.)
-
20:81
كُلُوا۟ مِن طَيِّبَـٰتِ مَا رَزَقْنَـٰكُمْ وَلَا تَطْغَوْا۟ فِيهِ فَيَحِلَّ عَلَيْكُمْ غَضَبِى ۖ وَمَن يَحْلِلْ عَلَيْهِ غَضَبِى فَقَدْ هَوَىٰ
Kuloo miñ ṭayyibaati maa- razaq̣naakum wa-laa taṭg̣aw feehi fayaḥilla ʻalaykum g̣aḍabee: wa-mañy yaḥlil ʻalayhi g̣aḍabee faq̣ad hawaa!
(އަދި ތިމަންރަސްކަލާނގެ އެންގެވީމެވެ.) ތިމަންރަސްކަލާނގެ ކަލޭމެންނަށް ދެއްވި ރަނގަޅު حلال ރިޒުގުން ކަލޭމެން ކައިހަދާށެވެ. އަދި އެރިޒުގު ކެއުމުގައި ކަލޭމެން ހައްދުފަހަނަޅައި ނުދާށެވެ. އެހެން ހަދައިފިނަމަ - އެބަހީ: ހައްދުފަހަނަޅައި ހިނގައްޖެނަމަ - ކަލޭމެންގެމައްޗަށް ތިމަންރަސްކަލާނގެ ކޯފާ حقّ ވެ واجب ވެދާނެއެވެ. އަދި އެމީހެއްގެ މައްޗަށް ތިމަންރަސްކަލާނގެ ކޯފާ حقّ ވެއްޖެމީހާ ހަމަކަށަވަރުން އެމީހާ ހަލާކުވެއްޖެއެވެ. ނަރަކައިގެ އަޑިޔަށް ވެއްޓިއްޖެއެވެ.
-
20:82
وَإِنِّى لَغَفَّارٌ لِّمَن تَابَ وَءَامَنَ وَعَمِلَ صَـٰلِحًا ثُمَّ ٱهْتَدَىٰ
Wa-ʹinnee la-G̣affaarul limañ taaba wa-ʹaamana wa-ʻamila ṣaaliḥañ s̤ummah tadaa
އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ، توبة ވެ އަދި إيمان ވެ صالح عمل ކޮށް ދެން އެސީދާ މަގުގައި ތެދުމަގާއި قائم ވެ ހުރި ކޮންމެމީހަކަށް ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.
-
20:83
۞ وَمَآ أَعْجَلَكَ عَن قَوْمِكَ يَـٰمُوسَىٰ
Wa-maaa ʹaʻjalaka ʻañ q̣awmika Yaa-Moosaa?
އޭ موسى - عليه السّلام - އެވެ. ކަލޭގެފާނުންގެ قوم ގެމީހުންނަށްވުރެ ކުރިން ކަލޭގެފާނު ގިނިކަންޏާ އަވަހަށް مِيْعَاد އަށް ވަޑައިގެންނެވީ ކީއްވެގެންތޯއެވެ؟
-
20:84
قَالَ هُمْ أُو۟لَآءِ عَلَىٰٓ أَثَرِى وَعَجِلْتُ إِلَيْكَ رَبِّ لِتَرْضَىٰ
Q̣aala hum ʹulaaaʹi ʻalaaa ʹas̤aree wa-ʻajiltu ʹilayka Rabbi litarḍaa.
އެކަލޭގެފާނު ދެންނެވިއެވެ. އެމީހުން މިއަޅާގެފަހަތުން އެއަންނަނީއެވެ. އެމީހުން އެވަނީ މިއަޅާއާއި تبع ވެ މިއަޅާގެ އަސަރުގެ މަތީގައެވެ. އަދި އޭއަޅުގެ ربّ އެވެ. އިބަރަސްކަލާނގެ حضرة އަށް މިއަޅާ އަވަސްވީ އިބަރަސްކަލާނގެ ރުއްސެވުމަށެވެ. ރުއްސެވުން ލިބިގަތުމަށެވެ.
-
20:85
قَالَ فَإِنَّا قَدْ فَتَنَّا قَوْمَكَ مِنۢ بَعْدِكَ وَأَضَلَّهُمُ ٱلسَّامِرِىُّ
Q̣aala faʹinnaa q̣ad fatannaa q̣awmaka mim baʻdika waʹaḍallahumus Saamiriyy.
އެކަލާނގެ وحي ކުރެއްވިއެވެ. (އޭ موسى އެވެ.) ކަލޭގެފާނު ނުކުމެވަޑައިގެންނެވުމަށްފަހު ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ قوم ގެމީހުން إمتحان ކޮށްފީމެވެ. އަދި سَامِرِى އެމީހުން މަގުފުރައްދައިފިއެވެ.
-
20:86
فَرَجَعَ مُوسَىٰٓ إِلَىٰ قَوْمِهِۦ غَضْبَـٰنَ أَسِفًا ۚ قَالَ يَـٰقَوْمِ أَلَمْ يَعِدْكُمْ رَبُّكُمْ وَعْدًا حَسَنًا ۚ أَفَطَالَ عَلَيْكُمُ ٱلْعَهْدُ أَمْ أَرَدتُّمْ أَن يَحِلَّ عَلَيْكُمْ غَضَبٌ مِّن رَّبِّكُمْ فَأَخْلَفْتُم مَّوْعِدِى
farajaʻa Moosaaa ʹilaa q̣awmihee g̣aḍbaana ʹasifaa. Q̣aala Yaa-q̣awmi ʹalam yaʻidkum Rabbukum waʻdan ḥasanaa? ʹAfaṭaala ʻalaykumul ʻahdu ʹam ʹarattum ʹañy yaḥilla ʻalaykum g̣aḍabum mir Rabbikum faʹakhlaftum mawʻidee?
ފަހެ موسى عليه السّلام އެކަލޭގެފާނުގެ قوم އަށް ގަދައަށް ކޯފާވެވަޑައިގެން ހިތާމަފުޅުކުރައްވާ حال ކޮޅު އެނބުރި رجوع ވެވަޑައިގެންފިއެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ. އޭ އަހުރެންގެ قوم އެވެ. ކަލޭމެންގެ ربّ ކަލޭމެންނަށް ރަނގަޅު وعد ފުޅު ނުކުރައްވައިހެއްޔެވެ؟ ނުވަތަ ކަލޭމެންނަށް އެކަލާނގެ ކުރެއްވި عهد އާއި وعد ގެ މުއްދަތު ދިގުވީހެއްޔެވެ؟ ނުވަތަ ކަލޭމެންގެ ربّ ގެ ކޯފާ ކަލޭމެންގެމައްޗަށް އައުމަށް ކަލޭމެން އެދެނީހެއްޔެވެ؟ ތިމަންކަލޭގެފާނުންގެ وعد އާއި عهد އާއި ކަލޭމެން خلاص ވީ އެހެންވެގެންހެއްޔެވެ؟ (އެމީހުން عهد ވެފައިވަނީ موسى عليه السّلام އަށް ކިޔަމަންތެރިވުމަށެވެ.)
-
20:87
قَالُوا۟ مَآ أَخْلَفْنَا مَوْعِدَكَ بِمَلْكِنَا وَلَـٰكِنَّا حُمِّلْنَآ أَوْزَارًا مِّن زِينَةِ ٱلْقَوْمِ فَقَذَفْنَـٰهَا فَكَذَٰلِكَ أَلْقَى ٱلسَّامِرِىُّ
Q̣aaloo maaa ʹakhlafnaa mawʻidaka bimalkinaa wa-laakinnaa ḥummilnaaa ʹawzaaram miñ zeenatil q̣awmi faq̣aẓafnaahaa fakaẓaalika ʹalq̣as Saamiriyy.
އެމީހުން ދެންނެވިއެވެ. އަޅުގަނޑުމެން ހަމަ قصد ގައި ކަލޭގެފާނުންގެ عهد އާއި خلاف ވީއެއްނޫނެވެ. އަދި ކިއެއްތޯއެވެ. ރަށުގެމީހުންގެ ޒީނަތުގެ ތެރެއިން - އެބަހީ: ގަހަނާގެތެރެއިން - ބޮޑުބަރެއް ބައިވަރުތަކެއް - އަހުރެމެން އުފުލީއެވެ. ދެން އެތަކެތި އަހުރެމެން (އަލިފާނަށް) ނުވަތަ ވަޅަކަށް އެޅީއެވެ. سَامِرِى ވެސް ހަމައެފަދައިން އެތަކެތި އަލިފާނަށް އެޅީއެވެ.
-
20:88
فَأَخْرَجَ لَهُمْ عِجْلًا جَسَدًا لَّهُۥ خُوَارٌ فَقَالُوا۟ هَـٰذَآ إِلَـٰهُكُمْ وَإِلَـٰهُ مُوسَىٰ فَنَسِىَ
Faʹakhraja lahum ʻijlañ jasadal lahoo khuwaaruñ faq̣aaloo haaẓaaa ʹilaahukum wa-ʹilaahu Moosaa, fanasee!
އަދި އޭނާ ޅަގެރިއެއްގެ ހަށިގަނޑުގޮތަށް މީސްތަކުންގެކުރިމައްޗަށް އެއްޗެއް ނެރުނީއެވެ. އޭގައި ލޯވަޅެއްވެސް ހުއްޓެވެ. އަދި ގެރިގޮވާގޮތަށް އެއިން އަޑުއިވެއެވެ. އަދި އެމީހުން - އެބަހީ: سَامِرِى އާއި އޭނާއަށް تبع ވީމީހުން ބުނީ - މިއީ ކަލޭމެންގެ إله އެވެ. އަދި موسى عليه السّلام ގެވެސް إله އެވެ. ފަހެ އެކަލޭގެފާނު مِيْقات އަށް ވަޑައިގެންނެވިއިރު ގެންދަވަން ހަނދުމަފުޅުނެތުނީއެވެ.
-
20:89
أَفَلَا يَرَوْنَ أَلَّا يَرْجِعُ إِلَيْهِمْ قَوْلًا وَلَا يَمْلِكُ لَهُمْ ضَرًّا وَلَا نَفْعًا
ʹAfalaa yarawna ʹallaa yarjiʻu ʹilayhim q̣awlaa: walaa yamliku lahum ḍarrañw walaa nafʻaa.
އެމީހުން ފަހެ އެމީހުންގެ ވާހަކަތަކަށް އެއްވެސް ރައްދު ޖަވާބެއް އޭތި ނުދޭކަން ނުވަތަ އެއްވެސް ގެއްލުމެއް އެމީހުންނަށް ދިނުމަށް ނުވަތަ އެމީހުންނަށް منفع އެއް ދިނުމަށްވިޔަސް އެއެއްޗަށް މިލްކުވެގެން ނުވާކަން އެމީހުންނަށް ނުފެނޭބާވައެވެ. އެމީހުންނަކަށް ނޭނގޭބާވައެވެ؟
-
20:90
وَلَقَدْ قَالَ لَهُمْ هَـٰرُونُ مِن قَبْلُ يَـٰقَوْمِ إِنَّمَا فُتِنتُم بِهِۦ ۖ وَإِنَّ رَبَّكُمُ ٱلرَّحْمَـٰنُ فَٱتَّبِعُونِى وَأَطِيعُوٓا۟ أَمْرِى
Wa-laq̣ad q̣aala lahum Haaroonu miñ q̣ablu yaa-q̣awmi ʹinnamaa futiñtum bih: wa-ʹinna Rabbakumur Raḥmaanu fattabiʻoonee wa-ʹaṭeeʻooo ʹamree.
އަދި ހަމަކަށަވަރުން އޭގެކުރިން އެބަހީ: موسى عليه السّلام ވަޑައިގެންނެވުމުގެ ކުރިން - هارون عليه السّلام އެމީހުންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ. ހަމަކަށަވަރުން އެޅަގެރީގެ ސަބަބުން - އެއަށް އަޅުކަންކުރުމުގެ ސަބަބުން ކަލޭމެންނަށް إمتحان ޖެހުނީއެވެ. އެބަހީ: ﷲ ކަލޭމެން إمتحان ކުރެއްވީއެވެ. އަދި ހަމަކަށަވަރުން ކަލޭމެންގެ ربّ އަކީ رحمن ވަންތަ ﷲ އެވެ. އަދި ކަލޭމެން ތިމަންކަލޭގެފާނާއި تبع ވާށެވެ. އަދި ތިމަންކަލޭގެފާނުންގެ أمر އަށް ކަލޭމެން ކިޔަމަންތެރިވާށެވެ.
-
20:91
قَالُوا۟ لَن نَّبْرَحَ عَلَيْهِ عَـٰكِفِينَ حَتَّىٰ يَرْجِعَ إِلَيْنَا مُوسَىٰ
Q̣aaloo lan nabraḥa ʻalayhi ʻaakifeena ḥattaa yarjiʻa ʹilaynaa Moosaa.
އެމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. އަހުރެމެންގެ ގާތަށް موسى عليه السّلام ވަޑައިގަންނަވަންދެން އަހުރެމެން އެއަށް يعني: އެގެރިއަށް އަޅުކަންކުރުމުން ފިލާނުދާހުށީމެވެ. އެބަހީ: އެގެރިއަށް އަޅުކަންކުރާހުށީމެވެ. (ދެންފަހެ هارون عليه السّلام އެމީހުންގެ ކަންތަކާއި އަޅުއްވައި ނުލެއްވިކަމަށް ހީފުޅު ކުރައްވައި...)
-
20:92
قَالَ يَـٰهَـٰرُونُ مَا مَنَعَكَ إِذْ رَأَيْتَهُمْ ضَلُّوٓا۟
Q̣aala yaa-Haaroonu maa manaʻaka ʹiẓ raʹaytahum ḍalloo.
موسى عليه السّلام ވިދާޅުވިއެވެ. އޭ هارون عليه السّلام އެވެ. އެމީހުން މަގުފުރެދޭތަން ފެނިވަޑައިގަތުމުން އެކަމުން އެމީހުން މަނާނުކުރެއްވީ ކީއްވެގެންތޯއެވެ؟
-
20:93
أَلَّا تَتَّبِعَنِ ۖ أَفَعَصَيْتَ أَمْرِى
ʹAllaa tattabiʻan? ʹAfaʻaṣayta ʹamree?
ކަލޭގެފާނު ތިމަންކަލޭގެފާނަށް تبع ވެވަޑައިނުގަންނަވަނީތޯއެވެ؟ ނުވަތަ ތިމަންކަލޭގެފާނުންގެ أمر ފުޅަށް ކަލޭގެފާނު އުރެދިވަޑައިގެންނެވީތޯއެވެ؟
-
20:94
قَالَ يَبْنَؤُمَّ لَا تَأْخُذْ بِلِحْيَتِى وَلَا بِرَأْسِىٓ ۖ إِنِّى خَشِيتُ أَن تَقُولَ فَرَّقْتَ بَيْنَ بَنِىٓ إِسْرَٰٓءِيلَ وَلَمْ تَرْقُبْ قَوْلِى
Q̣aala yabnaʹumma laa- taʹkhuẓ biliḥyatee wa-laa biraʹsee! ʹInnee khasheetu ʹañ taq̣oola farraq̣ta bayna Baneee ʹIsraaaʹeela wa-lam tarq̣ub q̣awlee!
އެކަލޭގެފާނު يعني: هارون - عليه السّلام - ވިދާޅުވިއެވެ. އޭ އަހުރެންގެ މަންމަގެ ދަރިކަލުންނޭވެ. އަހުރެންގެ ތުނބުޅީގައި ނުހިއްޕަވާށެވެ! އަދި އަހުރެންގެ ބޮލުގައިވެސް ނުހިއްޕަވާށެވެ. ހަމަކަށަވަރުން بني إسرائيل ން ވަކިވަކިކޮށް އަދި އަހުރެންގެ ބަހަށް ރައްކާތެރިނުވިއޭ އަހުރެންނާ ދިމާލަށް ކަލޭގެފާނު ވިދާޅުވެދާނެކަމަށް އަހުރެން ބިރުގަތީއެވެ. (އެހެންނޫނަމަ އަހުރެންވެސް އެމީހުންނާ ވަކިވެ ދުރުވީހެވެ.)
-
20:95
قَالَ فَمَا خَطْبُكَ يَـٰسَـٰمِرِىُّ
Q̣aala famaa khaṭbuka Yaa-Saamiriyy?
އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. އޭ سَامِرِى އެވެ. ކަލޭ އެކަން ކުރީ ކޮން مقصد އެއްގައިހެއްޔެވެ؟ (ކީކޭ ހީކޮށްގެންހެއްޔެވެ؟)
-
20:96
قَالَ بَصُرْتُ بِمَا لَمْ يَبْصُرُوا۟ بِهِۦ فَقَبَضْتُ قَبْضَةً مِّنْ أَثَرِ ٱلرَّسُولِ فَنَبَذْتُهَا وَكَذَٰلِكَ سَوَّلَتْ لِى نَفْسِى
Q̣aala baṣurtu bimaa lam yabṣuroo bihee faq̣abaḍtu q̣abḍatam min ʹas̤arir Rasooli fanabaẓtuhaa wa-kaẓaalika sawwalat lee nafsee.
އޭނާ يعني: سَامِرِى ދެންނެވިއެވެ. އެމީހުން ނުދެކޭ އެއްޗެއް އަހުރެން ދުށީއެވެ. (އެއީ جبريل عليه السّلام އަރާވަޑައިގެން އިންނެވި އަހުގެ މޮއްގަނޑު އަޅާތާގައިވާ ތަކެތީގައި ދިރުމެއްވާތަނެވެ.) ދެން رسول ގެ އަސަރުން - އެބަހީ: جبريل عليه السّلام އަރާވަޑައިގެން އިންނެވި އަހުގެ މޮއްގަނޑު ދަށުން އަހުރެން މުއްވަރެއް ނެގީމެވެ. ދެން އެމުއްވަރު އެގެރީގެމައްޗަށް އަހުރެން އުކައިލީމެވެ. އަހުރެންގެ نفس އަހުރެންގެ މައްޗަށް އެކަން ޒީނަތްތެރިކޮށްދިނީ އެފަދައިންނެވެ. (ދެން އެގެރި ދިރުނީއެވެ.)
-
20:97
قَالَ فَٱذْهَبْ فَإِنَّ لَكَ فِى ٱلْحَيَوٰةِ أَن تَقُولَ لَا مِسَاسَ ۖ وَإِنَّ لَكَ مَوْعِدًا لَّن تُخْلَفَهُۥ ۖ وَٱنظُرْ إِلَىٰٓ إِلَـٰهِكَ ٱلَّذِى ظَلْتَ عَلَيْهِ عَاكِفًا ۖ لَّنُحَرِّقَنَّهُۥ ثُمَّ لَنَنسِفَنَّهُۥ فِى ٱلْيَمِّ نَسْفًا
Q̣aala faẓhab faʹinna laka fil ḥayaati ʹañ taq̣oola Laa- Misaas˺: wa-ʹinna laka mawʻidal lañ tukhlafah: wañz̤̣ur ʹilaaa ʹilaahikal laẓee z̤̣alta ʻalayhi ʻaakifaa: lanuḥarriq̣annahoo s̤umma lanañsifannahoo fil yammi nasfaa!
އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. އޭ ސާމިރީއެވެ. ކަލޭދާށެވެ. ހަމަކަށަވަރުން ދުނިޔޭގެ حياة ގައި ކަލެއަށް އޮތީ "لاَمِسَاس" މިހެން ބުނުމެވެ. ބީހުމެއް ނުވެއެވެ. އެބަހީ: ކަލޭ މީހަކުގައިގައި ނުބީހޭށެވެ. އަދި އެހެންމީހުންވެސް ކަލޭގެ ގައިގާ ބީހުމެއްނުވެއެވެ.) އަދި ހަމަކަށަވަރުން ކަނޑައެޅިގެންވާ ވަކިވަގުތެއް ކަލެއަށް ވެއެވެ. އެކަލާނގެ އެވަގުތުން ކަލޭ ފަސްނުކުރައްވާ ހުއްޓެވެ. އެއީ ކަލެއަށް عذاب ދެއްވުމުގެ ވަގުތެވެ. އެއީ قيامة ދުވަހެވެ. އަދި ކަލޭ އެއަށް އަޅުކަންކުރުންމަތީ قائم ވެގެންހުރި إله އަށް (އެގެރިއަށް) ކަލޭ ނިކަން ބަލައިބަލާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު އޭތި އަންދާލާހުށީމެވެ. ދެން ހަމަކަށަވަރުން ދެން ކަނޑަށް ގިރުވައިލާހުށީމެވެ.
-
20:98
إِنَّمَآ إِلَـٰهُكُمُ ٱللَّهُ ٱلَّذِى لَآ إِلَـٰهَ إِلَّا هُوَ ۚ وَسِعَ كُلَّ شَىْءٍ عِلْمًا
ʹInnamaaa ʹIlaahukumul laahul laẓee Laaa ʹilaaha ʹillaa Hoo: wasiʻa kulla shayʹin ʻilmaa.
އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ إله އަކީ ﷲ އެވެ. އެކަލާނގެ މެނުވީحقّ އެހެން އެއްވެސް إله އަކު ނުވެއެވެ. އަދި އެކަލާނގެ ދެނެވޮޑިގަތުން ކޮންމެ އެއްޗެއްގެމައްޗަށް ތަނަވަސްވެގެންވެއެވެ.
-
20:99
كَذَٰلِكَ نَقُصُّ عَلَيْكَ مِنْ أَنۢبَآءِ مَا قَدْ سَبَقَ ۚ وَقَدْ ءَاتَيْنَـٰكَ مِن لَّدُنَّا ذِكْرًا
Kaẓaalika naq̣uṣṣu ʻalayka min ʹambaaaʹi maa- q̣ad sabaq̣: wa-q̣ad ʹaataynaaka mil ladunnaa Ẓikraa.
(އޭ رَسُوْلُ الله އެވެ.) އިސްވެދިޔަ أمّة ތަކުގެ خبر ތައް ކަލޭގެފާނަށް ތިމަންރަސްކަލާނގެ މިކިޔައިދެނީ އެފަދައިންނެވެ. އެއީ موسى عليه السّلام ގެ خبر ތައްވެސް މިކިޔައިދިންފަދައިންނެވެ. އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ حضرة ން ކަލޭގެފާނަށް ذِكر އެއް އަތުވެއްޖެއެވެ. އެއީ ކީރިތި قرآن އެވެ.
-
20:100
مَّنْ أَعْرَضَ عَنْهُ فَإِنَّهُۥ يَحْمِلُ يَوْمَ ٱلْقِيَـٰمَةِ وِزْرًا
Man ʹaʻraḍa ʻanhu faʹinnahoo yaḥmilu Yawmal Q̣iyaamati wizraa;
އެ قرآن ން އެނބުރި ފުރަގަސްދީފިމީހާ ހަމަކަށަވަރުން އެމީހާ قيامة ދުވަހުން ބޮޑުވެގެންވާ ބަރެއް އުފުލާނެއެވެ. އެއީ ފާފައިގެ ބަރެވެ.
-
20:101
خَـٰلِدِينَ فِيهِ ۖ وَسَآءَ لَهُمْ يَوْمَ ٱلْقِيَـٰمَةِ حِمْلًا
Khaalideena feeh: wa-saaaʹa lahum Yawmal Q̣iyaamati ḥimlaa,
އަދި އެފާފައިގެ ސަބަބުން އެފަދަ މީހުން ނަރަކައިގައި ދެމިތިބޭހުއްޓެވެ. قيامة ދުވަހުން އެމީހުން އެއުފުލާ ބުރައިގެ ހުރި ނުބައިކަމާއެވެ.
-
20:102
يَوْمَ يُنفَخُ فِى ٱلصُّورِ ۚ وَنَحْشُرُ ٱلْمُجْرِمِينَ يَوْمَئِذٍ زُرْقًا
Yawma yuñfakhu fiṣ Ṣoori wa-naḥshurul mujrimeena Yawmaʹiẓiñ zurq̣aa.
ތާޅަފިލި ފުންމެވޭދުވަހު (އެއީ قيامة ދުވަހެވެ.) ނުބައިނުލަފާމީހުން ތިމަންރަސްކަލާނގެ އެދުވަހުން محشر ކުރައްވާހުށީ ލޯތައް ނޫވެގެންވާ حال ގައެވެ. (އެއީ ފެންބޮވައިގަތުމުގެ ގަދަކަމުން ލޯތަކަށްވާ ގޮތެއްކަމުގައި ބުނެވެއެވެ. والله أعلم.
-
20:103
يَتَخَـٰفَتُونَ بَيْنَهُمْ إِن لَّبِثْتُمْ إِلَّا عَشْرًا
Yatakhaafatoona baynahum ʹil labis̤tum ʹillaa ʻashraa;
އެމީހުންގެމެދުގައި (އެދުވަހުން) ސިއްރުސިއްރުން ވައިއަޑުން އެކަކު އަނެކަކަށް ބުނާނެއެވެ. ތިޔަބައިމީހުން (ދުނިޔޭގައި / ނުވަތަ ކަށްވަޅުގައި) ހަމަ އެންމެ ދިހަރޭ ނޫނީ ނުތިބެއެވެ.
-
20:104
نَّحْنُ أَعْلَمُ بِمَا يَقُولُونَ إِذْ يَقُولُ أَمْثَلُهُمْ طَرِيقَةً إِن لَّبِثْتُمْ إِلَّا يَوْمًا
Naḥnu ʹAʻlamu bimaa yaq̣ooloona ʹiẓ yaq̣oolu ʹams̤aluhum Ṭareeq̣atan ʹil labis̤tum ʹillaa yawmaa!
އެމީހުން އެބުނާއެއްޗެއް (އެހާ ސިއްރުން ބުނާއިރުވެސް) ތިމަންރަސްކަލާނގެ ދެނެވޮޑިގަތުންބޮޑެވެ. އެމީހުންގެތެރޭގައި ތިބި ބުއްދީގެގޮތުން އެންމެ ފުރިހަމަމީހުންވެސް ބުނީ ތިޔަބައިމީހުން އެންމެ ދުވަހަކުމެނުވީ (ދުނިޔޭގައި / ނުވަތަ ކަށްވަޅުގައި) ލަސްވެނުތިބެއެވެ. • ދަންނައެވެ. ބުއްދިޔާއި ދެނެގަތުމުގެ ގޮތުން އެންމެ ރަނގަޅުމީހުންވެސް އެވަގުތު މިފަދަ ބަހެއް މިބުނީ އެވަގުތުގެ ބިރުވެރިކަމާއި ކަންތައްގަނޑު ބޮޑުވުމުގެ ސަބަބުންނެވެ. ދެން އަދި އާދައިގެ ދަށްމީހުންނަށް ކިހާވަރެއްވާނެހެއްޔެވެ؟
-
20:105
وَيَسْـَٔلُونَكَ عَنِ ٱلْجِبَالِ فَقُلْ يَنسِفُهَا رَبِّى نَسْفًا
Wa-yasʹaloonaka ʻanil jibaali faq̣ul yañsifuhaa Rabbee nasfaa:
އަދި قيامة ދުވަހުން ފަރުބަދަތަކަށްވާނޭގޮތަކާއިމެދު އެމީހުން ކަލޭގެފާނާއި ސުވާލުކުރާނެއެވެ. ފަހެ ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނުންގެ ربّ އެތަކެތި އެހުރިތަނުން ލުއްސަވައި ކުދިކުދި ކުރައްވާ ބުރުއްސަވާލައްވާހުއްޓެވެ.
-
20:106
فَيَذَرُهَا قَاعًا صَفْصَفًا
Fayaẓaruhaa q̣aaʻañ ṣafṣafaa;
ދެން އެފަރުބަދަތައް ހުރިތަންތަން އަޑިގުޑަންކަމެއްނެތް އަދި އެއްވެސް އެއްޗެއް ނެތް އޮމާން ހުސް ބިމަކަށް އެކަލާނގެ ހައްދަވާހުއްޓެވެ.
-
20:107
لَّا تَرَىٰ فِيهَا عِوَجًا وَلَآ أَمْتًا
Laa- taraa feehaa ʻiwajañw Walaaa ʹamtaa.
އެބިމުން އެއްވެސް ގުދުކަމެއް އަދި އެއްވެސް އުސްކަމެއް ކަލޭގެފާނު ދެކެވަޑައި ނުގަންނަވާނެއެވެ.
-
20:108
يَوْمَئِذٍ يَتَّبِعُونَ ٱلدَّاعِىَ لَا عِوَجَ لَهُۥ ۖ وَخَشَعَتِ ٱلْأَصْوَاتُ لِلرَّحْمَـٰنِ فَلَا تَسْمَعُ إِلَّا هَمْسًا
Yawmaʹiẓiñy yattabiʻoonad Daaʻiya laa- ʻiwaja lah: wa-khashaʻatil ʹaṣwaatu lir-Raḥmaani falaa tasmaʻu ʹillaa hamsaa.
އެދުވަހުން މީސްތަކުން تبع ވާނީ ގޮވާ ބޭކަލަކާއެވެ. (އެއީ محشر ގެ ميدان އަށް އެއްވުމަށް ގޮވާ ބޭކަލެކެވެ.) އެއްވެސް ކަތިކަމަކާއިނުލައި ހަމަ ސީދާކަމާއިއެކު އެގޮވުމާތަބަޢަވާނެއެވެ. އަދި رحمن ވަންތަ ކަލާނގެ ރަސްކަންފުޅަށްޓަކައި އެންމެހައި خَلْقُ ތަކުންގެ އަޑުތައް ބިރުވެތިވެ މަޑުވެދާނެއެވެ. ފަހެ ހަމައެކަނި ފިޔަވަޅުއަޅާއަޑުމެނުވީ ކަލޭގެފާނު ނާއްސަވާނެއެވެ.
-
20:109
يَوْمَئِذٍ لَّا تَنفَعُ ٱلشَّفَـٰعَةُ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَـٰنُ وَرَضِىَ لَهُۥ قَوْلًا
Yawmaʹiẓil laa tañfaʻush Shafaaʻatu ʹillaa man ʹaẓina lahur Raḥmaanu wa-raḍiya lahoo q̣awlaa.
شَفَاعة ތެރިވުމަށް އެމީހަކަށް رحمن ވަންތަ ﷲ إِذْنَ ދެއްވި މީހެއްގެ شَفَاعَة ން މެނުވީ އެދުވަހުން شَفَاعَة = ގެ މަންފާ ނުކުރާނެއެވެ. އަދި އެޔާއެކު އެ شَفَاعَة ތެރިވެވޭ މީހާއަކީ ބަހުގެގޮތުން އެކަލާނގެ ރުހިވޮޑިގެންވާ އަޅަކުކަމުގައި ވާންޖެހޭނެއެވެ. (އެބަހީ: ފުރިހަމަގޮތުގައި لاإله إلاّ ﷲ
-
20:110
يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِهِۦ عِلْمًا
Yaʻlamu maa- bayna ʹaydeehim wa-maa khalfahum wa-laa yuḥeeṭoona bihee ʻilmaa.
އަދި އެމީހުންގެ ކުރީގައިވާ ކަންތަކާއި އަދި އެމީހުންގެ ފަހަތުގައިވާ ކަންތައް (އެބަހީ: އެމީހުންގެ آخرة ދުވަހުގެ ކަންތަކާއި އަދި އެމީހުންގެ ދުނިޔޭގެ ކަންތައް) އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެ ذَاتُ ފުޅާމެދު - އެކަލާނގެ ސިފަފުޅުތަކާއި إسم ފުޅުތަކާއިމެދު އެމީހުންގެ އެނގުން ނުފޯރައެވެ.
-
20:111
۞ وَعَنَتِ ٱلْوُجُوهُ لِلْحَىِّ ٱلْقَيُّومِ ۖ وَقَدْ خَابَ مَنْ حَمَلَ ظُلْمًا
Wa-ʻanatil wujoohu lil-Ḥayyil Q̣ayyoom: wa-q̣ad khaaba man ḥamala z̤̣ulmaa.
އަދި ދިރިދެމިވޮޑިގެންވާ އަދި އަޅުތަކުންގެ އެންމެހައި ކަންތަކާއިގެން قائم ވެވޮޑިގެންވާ ކަލާނގެއަށް އެންމެހައި މޫނުތަކެއް ދެރަވެ ނިކަމެތިވެގެންވެއެވެ. އަދި (قيامة ދުވަހުން) އަނިޔާއެއް އުފުލި މީހަކު ނުވަތަ شرك އެއް އުފުލި މީހަކު ހަމަކަށަވަރުން ގެއްލި ހަލާކުވެއްޖެއެވެ.
-
20:112
وَمَن يَعْمَلْ مِنَ ٱلصَّـٰلِحَـٰتِ وَهُوَ مُؤْمِنٌ فَلَا يَخَافُ ظُلْمًا وَلَا هَضْمًا
Wa-mañy yaʻmal minaṣ ṣaaliḥaati wa-huwa Muʹminuñ falaa yakhaafu z̤̣ulmañw walaa haḍmaa.
އަދި އެމީހަކު އީމާންވެގެންވާ حال صالح عمل ން عمل ކޮށްފިމީހާ ދަންނައެވެ. ފަހެ އަނިޔާއެއް ލިބިދާނޭކަމަކަށް އޭނާއަކަށް ބިރެއްނެތެވެ. އަދި (އޭނާގެ ހެޔޮ عمل ގެ ثواب ން) އުނިވެދާނޭކަމުގެވިޔަސް ބިރެއްނެތެވެ.
-
20:113
وَكَذَٰلِكَ أَنزَلْنَـٰهُ قُرْءَانًا عَرَبِيًّا وَصَرَّفْنَا فِيهِ مِنَ ٱلْوَعِيدِ لَعَلَّهُمْ يَتَّقُونَ أَوْ يُحْدِثُ لَهُمْ ذِكْرًا
Wa-kaẓaalika ʹañzalnaahu Q̣ur-ʹaanan ʻArabiyyañw waṣarrafnaa fee-hi minal waʻeedi laʻallahum yattaq̣oona ʹaw yuḥdis̤u lahum ẓikraa.
އެފަދައިންނެވެ. އެބަހީ: އީމާންކަމުގެ أهل ވެރިންނަށް صالح عمل ކުރުމަށް ހިތްވަރުދެއްވައި އަދި ކާފަރުކަމުގެ أهل ވެރިންނަށް ބިރުވެރިކަމުގެ إنذار ކުރެއްވިފަދައިން) ތިމަންރަސްކަލާނގެ عرب ބަހުންވާ قرآن އެއްގެ ގޮތުގައި قرآن ބާވައިލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ قرآن ގައި وَعِيْدُ ގެ އެބަހީ: ބިރުވެރިކަމުގެ وعد ތައް ތަފާތު ގޮތްގޮތަށް އެކި عبارة ން ބަޔާންކޮށްދިނީމެވެ. އެއީ އެމީހުން ބިރުވެތިވޭތޯއެވެ. ނުވަތަ އެކަލާނގެ އެމީހުންނަށް وعظ އާއި نصيحة އުފައްދަވައިދެއްވުމަށެވެ.
-
20:114
فَتَعَـٰلَى ٱللَّهُ ٱلْمَلِكُ ٱلْحَقُّ ۗ وَلَا تَعْجَلْ بِٱلْقُرْءَانِ مِن قَبْلِ أَن يُقْضَىٰٓ إِلَيْكَ وَحْيُهُۥ ۖ وَقُل رَّبِّ زِدْنِى عِلْمًا
Fataʻaalal laahul Malikul Ḥaq̣q̣! Wa-laa taʻjal bil-q̣urʹaani miñ q̣abli ʹañy yuq̣ḍaaa ʹilayka waḥyuh: wa-q̣ur Rabbi zidnee ʻilmaa.
ފަހެ ﷲ تعالى (އެންމެހައި خلق ތަކުން ފިޔަވައި) މަތިވެރިވެވޮޑިގެންވެއެވެ. އެކަލާނގެއީ ހުރިހާކަމެއްގެ ވެރި مَالِك އެވެ. حقّ ވަންތަ ﷲ އެވެ. އަދި (އޭ رسول ﷲ އެވެ.) ކަލޭގެފާނަށް قرآن ގެ وحي ގެ ބަސްފުޅު ބާވައިލައްވާ ނުނިމެނިސް (ނުވަތަ އެބަސްފުޅުގެ މާނަތައް بيان ކޮށްނުދެއްވަނިސް) އެ قرآن އާއިގެން އަވަސްވެވަޑައިނުގަންނަވާށެވެ. (أصحاب ންނަށް އެބަސްފުޅެއް ވިދާޅުވެ ނުދެއްވާށެވެ.) އަދި ކަލޭގެފާނު ދަންނަވާށެވެ. އޭއަޅުގެ ربّ އެވެ. މިއަޅާއަށް علم އިތުރުކޮށްދެއްވާނދޭވެ.
-
20:115
وَلَقَدْ عَهِدْنَآ إِلَىٰٓ ءَادَمَ مِن قَبْلُ فَنَسِىَ وَلَمْ نَجِدْ لَهُۥ عَزْمًا
Wa-laq̣ad ʻahidnaaa ʹilaaa ʹAadama miñ q̣ablu fanasiya wa-lam najid lahoo ʻazmaa.
އަދި ހަމަކަށަވަރުން آدم ގެފާނަށް މީގެކުރީގައި ތިމަންރަސްކަލާނގެ عهد ކުރެއްވީމެވެ. أمر ކުރެއްވީމެވެ. ދެންފަހެ އެކަލޭގެފާނު އެ عهد ހަނދުމަފުޅުނެތިއްޖެއެވެ. (އެ عهد އަކީ ސުވަރުގޭގައިވާ ވަކިގަހަކުން ފަރީނުކުޅުއްވުމުގެ أمر ފުޅެވެ.) އަދި އެކަލޭގެފާނުންގެ ކިބައިން عهد އަށް ރައްކާތެރިވުމެއް ތިމަންރަސްކަލާނގެ ދެކެވޮޑިނުގަންނަވަމެވެ.
-
20:116
وَإِذْ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ أَبَىٰ
Wa-ʹiẓ q̣ulnaa lilmalaaaʹikatis judoo liʹAadama fasajadooo ʹillaaa ʹIbleesa ʹabaa.
އަދި ތިމަންރަސްކަލާނގެ ملائكة ބޭކަލުންނަށް އެންގެވީމެވެ. ތިޔަބޭކަލުން آدم عليه السّلام އަށް سجدة ކުރައްވާށެވެ. ފަހެ إبْلِيْس މެނުވީ އެހުރިހާ ބޭކަލުން سجدة ކުރެއްވިއެވެ. އަދި އެސޮރު އެކަމުން މަނާވެގަތީއެވެ.
-
20:117
فَقُلْنَا يَـٰٓـَٔادَمُ إِنَّ هَـٰذَا عَدُوٌّ لَّكَ وَلِزَوْجِكَ فَلَا يُخْرِجَنَّكُمَا مِنَ ٱلْجَنَّةِ فَتَشْقَىٰٓ
Faq̣ulnaa YaaaʹAadamu ʹinna haaẓaa ʻaduwwul laka wa-lizawjika falaa yukhrijannakumaa minal Jannati fatashq̣aa.
ދެންފަހެ ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. އޭ آدم އެވެ. ހަމަކަށަވަރުން މިއީ - އެބަހީ: މި إبْلِيْس އަކީ - ކަލޭގެފާނަށާއި ކަލޭގެފާނުންގެ އަނބިކަނބަލުންނަށްވާ عَدُوّ އެކެވެ. ފަހެ އެސޮރު ތިޔަދެކަނބަލުން ސުވަރުގެއިން ނެރުނަ ނުދެއްވާށެވެ. އެހެންވެއްޖެއްޔާ - (އެބަހީ: ސުވަރުގެއިން ނެރެފިއްޔާ) ކަލޭގެފާނު ވަރުބަލިފުޅުވެދާނެއެވެ. (ދުނިޔޭގެ مَعِيْشَة ހޯއްދެވުމުގައި ލަހިވެދާނެއެވެ.)
-
20:118
إِنَّ لَكَ أَلَّا تَجُوعَ فِيهَا وَلَا تَعْرَىٰ
ʹInna laka ʹallaa tajooʻa feehaa wa-laa taʻraa,
ހަމަކަށަވަރުން އެސުވަރުގޭގައި ކަލޭގެފާނު ބަނޑުފުޅުހައިވުމެއް ނުވެއެވެ. އަދި އޮރިޔާން حال ގައި ޖެހުމެއްނުވެއެވެ.
-
20:119
وَأَنَّكَ لَا تَظْمَؤُا۟ فِيهَا وَلَا تَضْحَىٰ
Wa-ʹannaka laa- taz̤̣maʹu feehaa wa-laa taḍḥaa.
އަދި ހަމަކަށަވަރުން އެސުވަރުގޭގައި ކަލޭގެފާނު ފެންބޮވައިގަތުމެއް ނުވެއެވެ. އަދި ހޫނުގެ އުނދަގުލެއްވުމެއް ނުވެއެވެ.
-
20:120
فَوَسْوَسَ إِلَيْهِ ٱلشَّيْطَـٰنُ قَالَ يَـٰٓـَٔادَمُ هَلْ أَدُلُّكَ عَلَىٰ شَجَرَةِ ٱلْخُلْدِ وَمُلْكٍ لَّا يَبْلَىٰ
Fawaswasa ʹilayhish Shayṭaanu q̣aala YaaaʹAadamu hal ʹadulluka ʻalaa Shajaratil khuldi wa-mulkil laa yablaa.
ފަހެ شَيْطَان އެކަލޭގެފާނަށް ވަސްވާސްދީފިއެވެ. (އެކަލޭގެފާނަށް ނަހީކުރެއްވުނު ގަހުގެ ފަރާތަށް ލެނބުމަށް އެކަލޭގެފާނަށް ޒީނަތްތެރިކުރުވައިފިއެވެ.) އެސޮރު ބުންޏެވެ. އޭ آدم އެވެ. ދެމިހުންނަނިވި ގަހުގެ ފަރާތަށް އަހުރެން ކަލޭގެފާނަށް އިޝާރަތްކުރަންތޯއެވެ. (އެގަހުން ފަރިއްކުޅުއްވައިފިއްޔާ ދުވަހަކުވެސް އަވަހާރަ ނުވާނެއެވެ.) އަދި އެއީ ދުވަހަކުވެސް ފިލައިގެން ނުދާނޭ ބޮޑުވެރިކަމެއް ލިބޭނޭ ކަމެކެވެ.
-
20:121
فَأَكَلَا مِنْهَا فَبَدَتْ لَهُمَا سَوْءَٰتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ ٱلْجَنَّةِ ۚ وَعَصَىٰٓ ءَادَمُ رَبَّهُۥ فَغَوَىٰ
Faʹakalaa minhaa fabadat lahumaa saw-ʹaatuhumaa waṭafiq̣aa yakhṣifaani ʻalayhimaa miñw waraq̣il Jannah: wa-ʻaṣaaa ʹAadamu Rabbahoo fag̣awaa.
ފަހެ އޭގެ ދެކަނބަލުން އެގަހުން ފަރީކުޅުއްވައިފިއެވެ. ދެންފަހެ އެދެކަނބަލުންނަށް އެދެކަނބަލުންގެ عورة كَشْفُ ވެއްޖެއެވެ. ހާމަވެއްޖެއެވެ. އަދި ސުވަރުގޭގެ ގަސްގަހުގެ ފަތުން އެދެކަނބަލުން އެދެކަނބަލުންގެ عورة ނިވައިކުރައްވަން ފައްޓަވައިފިއެވެ. ފަހެ آدم عليه السّلام އެކަލޭގެފާނުންގެ ربّ އަށް އުރެދިވަޑައިގެން ސީދާމަގުން ނެއްޓިވަޑައިގެންފިއެވެ.
-
20:122
ثُمَّ ٱجْتَبَـٰهُ رَبُّهُۥ فَتَابَ عَلَيْهِ وَهَدَىٰ
S̤ummaj tabaahu Rabbuhoo fataaba ʻalayhi wa-hadaa.
ދެން އެކަލޭގެފާނުންގެ ربّ އެކަލޭގެފާނު خاصّ ކުރައްވައި إختيار ކުރެއްވިއެވެ. އަދި އެކަލޭގެފާނަށް توبة ލައްވައި ސީދާމަގަށް ތެދުމަގު ދެއްކެވިއެވެ.
-
20:123
قَالَ ٱهْبِطَا مِنْهَا جَمِيعًۢا ۖ بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَنِ ٱتَّبَعَ هُدَاىَ فَلَا يَضِلُّ وَلَا يَشْقَىٰ
Q̣aalah biṭaa minhaa jameeʻam baʻḍukum libaʻḍin ʻaduww: faʹimmaa yaʹtiyannakum minnee Hudañ famanit tabaʻa Hudaaya falaa yaḍillu wa-laa yashq̣aa.
އެކަލާނގެ وحي ކުރެއްވިއެވެ. (އޭ آدم އެވެ.) ތިޔައިގެ ދެކަނބަލުން އެކީއެކަށް އެތަނުން - يعني: ސުވަރުގެއިން (ބިމަށް) ފައިބައި ވަޑައިގަންނަވާށެވެ. (ނުވަތަ ތިޔައިގެ ދެކަނބަލުންނާއި إبْلِيْس އާއި އެންމެން އެސުވަރުގެއިން ފައިބާށެވެ. މިދެގޮތަށްވެސް مفسّر ން ވިދާޅުވެއެވެ.) އެއީ ކަލޭމެންގެ އެއްބަޔަކު އަނެއްބަޔަކަށް عَدُوُّ ންކަމުގައިވާ حال ގައެވެ. ދެންފަހެ ތިމަންރަސްކަލާނގެ حضرة ން ތިޔަބައިމީހުންނަށް ތެދުމަގު އަންނަހުއްޓެވެ. (އެއީ رسول ބޭކަލުން ފޮނުއްވައި ފޮތްބާވައިލައްވައިގެންނެވެ.) ފަހެ ތިމަންރަސްކަލާނގެ ތެދުމަގާއި تبع ވެއްޖެމީހާ (ދުނިޔޭގައި) މަގުނުފުރެދޭނެއެވެ. އަދި (آخرة ގައި) ގެއްލި ހަލާކުނުވާހުއްޓެވެ.
-
20:124
وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُۥ مَعِيشَةً ضَنكًا وَنَحْشُرُهُۥ يَوْمَ ٱلْقِيَـٰمَةِ أَعْمَىٰ
Wa-man ʹaʻraḍa ʻañ Ẓikree faʹinna lahoo maʻeeshatañ ḍañkañw wanaḥshuruhoo Yawmal Q̣iyaamati ʹaʻmaa.
އަދި ތިމަންރަސްކަލާނގެ ذِكْرُ ން (އެބަހީ: ތިމަންރަސްކަލާނގެ ހަނދާންކުރުމުން - ނުވަތަ ތިމަންރަސްކަލާނގެ دين ން ނުވަތަ ތިމަންރަސްކަލާނގެ ފޮތުން -) މޫނުއަނބުރާލައި ދުރުވެގެންފިމީހާ ދަންނައެވެ. އެމީހަކަށް ކައްވަޅުގައި ދަތި ދިރިހުރުމެއް ވާހުއްޓެވެ. (ނުވަތަ ދުނިޔޭގައި އުނދަގޫ ދިރިއުޅުމެއްވާހުއްޓެވެ.) އަދި ތިމަންރަސްކަލާނގެ އޭނާ محشر ކުރައްވާހުށީ ކަނުމީހެއްގެ ގޮތުގައެވެ.
-
20:125
قَالَ رَبِّ لِمَ حَشَرْتَنِىٓ أَعْمَىٰ وَقَدْ كُنتُ بَصِيرًا
Q̣aala Rabbi lima ḥashartaneee ʹaʻmaa- wa-q̣ad kuñtu baṣeeraa?
އެމީހާ ދަންނަވާނެއެވެ. އޭއަޅުގެ ربّ އެވެ. މިއަޅާ ކަނުމީހެއްގެގޮތުގައި محشر ކުރެއްވީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން ދުނިޔޭގައި އުޅުނުއިރު މިއަޅާވީ ލޮލަށް އެނގޭމީހަކުކަމުގައެވެ.
-
20:126
قَالَ كَذَٰلِكَ أَتَتْكَ ءَايَـٰتُنَا فَنَسِيتَهَا ۖ وَكَذَٰلِكَ ٱلْيَوْمَ تُنسَىٰ
Q̣aala kaẓaalika ʹatatka ʹAayaatunaa fanaseetahaa: wa-kaẓaalikal yawma tuñsaa.
އެކަލާނގެ (އެމީހާއަށް) وحي ކުރައްވާހުއްޓެވެ. ކަލޭ (ދުނިޔޭގައި އުޅުނުއިރު) ކަލޭގެގާތަށް ތިމަންރަސްކަލާނގެ އާޔަތްތައް (حجّة ތަކާއި دليل ތައް) އައެވެ. ފަހެ ކަލޭ އެތަކެތި ހަނދުމަނެތިކޮށްލީއެވެ. ކަލޭ އެތަކެތި ހަނދުމަނެތިކޮށްލިފަދައިން މިއަދުވަނީ ހަމައެފަދައިން ކަލޭގެމަތިން ހަނދާންނެތެވިފައެވެ.
-
20:127
وَكَذَٰلِكَ نَجْزِى مَنْ أَسْرَفَ وَلَمْ يُؤْمِنۢ بِـَٔايَـٰتِ رَبِّهِۦ ۚ وَلَعَذَابُ ٱلْـَٔاخِرَةِ أَشَدُّ وَأَبْقَىٰٓ
Wa-kaẓaalika najzee man ʹasrafa wa-lam yuʹmim biʹAayaati Rabbih: wa-laʻaẓaabul ʹAakhirati ʹashaddu wa-ʹabq̣aa.
އަދި (ފާފަކުރުމާއި ތިމާގެ شَهَوَاتُ ގައި) إِسْرَاف ކޮށް ހައްދުފަހަނަޅައިގަނެ އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް إيمان ނުވި ކޮންމެމީހަކަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. (އެއީ ކަށްވަޅުގެ عذاب އެވެ.) އަދި آخرة ގެ عذاب ގަދަކަން ބޮޑުވެފައި ދެމިހުރުން މާބޮޑެވެ.
-
20:128
أَفَلَمْ يَهْدِ لَهُمْ كَمْ أَهْلَكْنَا قَبْلَهُم مِّنَ ٱلْقُرُونِ يَمْشُونَ فِى مَسَـٰكِنِهِمْ ۗ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّأُو۟لِى ٱلنُّهَىٰ
ʹAfalam yahdi lahum kam ʹahlaknaa q̣ablahum minal q̣urooni yamshoona fee masaakinihim? ʹInna fee ẓaalika laʹAayaatil liʹulin nuhaa.
އެމީހުންގެ ކުރިން - އެބަހީ: مكّة ގެ މީހުންނަށްވުރެކުރިން - ތިމަންރަސްކަލާނގެ އެތައްބަޔަކު (ނުކިޔަމަންތެރިވުމުގެ ސަބަބުން) ހަލާކުކުރެއްވިކަން - އެތައް أمّة އެއް ބަރުބާދުކުރެއްވިކަން އެމީހުންނަށް ފަހެ بيان ވެ ނޭނގޭބާވައެވެ. (އެނގެންވާނެއެވެ.) މި مكّة ގެމީހުން އެ أمّة ތަކުގެމީހުން އުޅުނުތަންތާ އެމީހުންގެ ގޯތިގެދޮރު ހުރި ތަންތަނުގައި ހިނގާބިނގާވެއެވެ. ހަމަކަށަވަރުން އެކަންކަމުގައި ހެޔޮވިސްނާ ހަރުދަނާ ސިކުނޑީގެ ވެރިބަޔަކަށް ކަނޑައެޅި بيان ވެގެންވާ دليل އާއި حجّة ވެއެވެ.
-
20:129
وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ لَكَانَ لِزَامًا وَأَجَلٌ مُّسَمًّى
Wa-lawlaa Kalimatuñ sabaq̣at mir Rabbika lakaana lizaamañw waʹajalum musammaa.
އަދި (އޭ رسول ﷲ އެވެ.) ކަލޭގެފާނުން ހައްދަވާބޮޑުކުރެއްވި ربّ ގެ ބަސްފުޅެއް އިސްވެގޮސްފައި ނުވާނަމަ (އެބަހީ: މި أمّة އަށް عذاب ދެއްވުން ފަސްކުރެއްވުމުގެ ބަސްފުޅުނުވާނަމަ) އެ عذاب އެއީ لاَزِم އެއްޗަކަށް ވެއްޖައީހެވެ. (މި أمّة އަށްވެސް عذاب އައީހެވެ.) އެހެންނަމަވެސް އެކަންވަނީ ވަކިކަނޑައެޅިގެންވާ ވަގުތަކަށް އެބަހީ: قيامة ދުވަހަށް ފަސްކުރެވިފައެވެ.
-
20:130
فَٱصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ ٱلشَّمْسِ وَقَبْلَ غُرُوبِهَا ۖ وَمِنْ ءَانَآئِ ٱلَّيْلِ فَسَبِّحْ وَأَطْرَافَ ٱلنَّهَارِ لَعَلَّكَ تَرْضَىٰ
Faṣbir ʻalaa maa- yaq̣ooloona wa-sabbiḥ bi-Ḥamdi Rabbika q̣abla ṭulooʻish shamsi wa-q̣abla g̣uroobihaa; wa-min ʹaanaaaʹil layli fasabbiḥ wa-ʹaṭraafan nahaari laʻallaka tarḍaa.
(އޭ رسول ﷲ އެވެ.) އެ مشرك ންގެމީހުން ކަލޭގެފާނާމެދު އެބުނެއުޅޭ ވާހަކަތަކާއިމެދު ކެއްތެރިވެވަޑައިގަންނަވާށެވެ. (އެމީހުން އެކަލޭގެފާނާމެދު ބުނީ - އެއީ ދޮގުވެރިއެކެވެ. - سحر ވެރިއެކެވެ. - ކަހީނެކެވެ. - މޮޔައެކެވެ. ދެންވެސް...... އެތައްދޮގެކެވެ.) އަދި ކަލޭގެފާނުންގެ ربّ އަށް حمد ކުރުމާއިއެކު تسبيح ވިދާޅުވާށެވެ. އެއީ އިރުއެރުމުގެ ކުރީގައްޔާއި އަދި އިރުއޮއްސުމުގެކުރީގައްޔާއި އަދި ރޭގަނޑުގެ ވަގުތުގައްޔާއި އަދި ދުވާލުގެ ދެކޮޅުގައެވެ. އެއީ ކަލޭގެފާނު ރުހިވަޑައިގަންނަވާފަދަ ކަންތައް ﷲ ގެ حضرة ން ލިބުމުގެ އުއްމީދުގައެވެ. • ދަންނައެވެ. މިއާޔަތުގައި މި އިޝާރަތްވަނީ فرض ފަސްނަމާދުގެ ވަގުތުތަކަށް ކަމުގައި مفسّر ން بيان ކުރައްވައެވެ. والله أعلم.
-
20:131
وَلَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِۦٓ أَزْوَٰجًا مِّنْهُمْ زَهْرَةَ ٱلْحَيَوٰةِ ٱلدُّنْيَا لِنَفْتِنَهُمْ فِيهِ ۚ وَرِزْقُ رَبِّكَ خَيْرٌ وَأَبْقَىٰ
Wa-laa tamuddanna ʹaynayka ʹilaa maa- mattaʻnaa biheee ʹazwaajam minhum zahratal ḥayaatid dunyaa, linaftinahum feeh: wa-rizq̣u Rabbika khayruñw waʹabq̣aa.
އަދި މުއްސަނދި ފޯރާމީހުންނަށް ތިމަންރަސްކަލާނގެ ދެއްވާފައިވާ ތަކެއްޗަށް ކަލޭގެފާނުންގެ ލޯފުޅު ނުދަންމަވާށެވެ. އެއަށް ބޭނުންފުޅުނުވާށެވެ. އެއީ ދުނިޔޭގެ ޒީނަތާއި އެތާނގެ މަޖަލެވެ. އެއީ ތިމަންރަސްކަލާނގެ އެމީހުން إمتحان ކުރުމަށްދެއްވާފައިވާ ތަކެއްޗެވެ. އަދި ކަލޭގެފާނުންގެ ربّ ގެ ރިޒުގު (ދުނިޔެއާއި آخرة ގައި ކަލޭގެފާނަށް ހުރި ދަރުމަޔާއި ثواب) މާހެޔޮވެފައި ދެމިހުރުންބޮޑެވެ.
-
20:132
وَأْمُرْ أَهْلَكَ بِٱلصَّلَوٰةِ وَٱصْطَبِرْ عَلَيْهَا ۖ لَا نَسْـَٔلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَٱلْعَـٰقِبَةُ لِلتَّقْوَىٰ
Waʹmur ʹahlaka biṣ-Ṣalaati waṣṭabir ʻalayhaa. Laa- nasʹaluka rizq̣aa: Naḥnu narzuq̣uk. Wal-ʻAaq̣ibatu lit-Taq̣waa.
އަދި ކަލޭގެފާނުންގެ أهل ވެރިންނަށް - އެބަހީ: އަނބިދަރިންނަށް - ނަމާދު قائم ކުރުމަށް އަމުރުކުރާށެވެ. އަދި ކަލޭގެފާނު އެކަމުގެމައްޗަށް އެބަހީ: ނަމާދު قائم ކުރުމަށް - ކެއްތެރިވެވަޑައިގަންނަވާށެވެ. ރިޒުގާއިބެހޭގޮތުން ތިމަންރަސްކަލާނގެ ކަލޭގެފާނާއި ސުވާލު ނުކުރާހުށީމެވެ. (އެބަހީ: ތިމަންރަސްކަލާނގެ ރިޒުގުދެއްވާހުށީމެވެ.) އަދި ފަހުކޮޅުވަނީ - އެބަހީ: آخرة ދުވަހުގެ ހެޔޮކަންވަނީ تقوى ގެ أهل ވެރިންނަށެވެ.
-
20:133
وَقَالُوا۟ لَوْلَا يَأْتِينَا بِـَٔايَةٍ مِّن رَّبِّهِۦٓ ۚ أَوَلَمْ تَأْتِهِم بَيِّنَةُ مَا فِى ٱلصُّحُفِ ٱلْأُولَىٰ
Wa-q̣aaloo Law-laa yaʹteenaa biʹAayatim mir Rabbih? ʹA-walam taʹtihim̃ Bayyinatu maa- fiṣ Ṣuḥufil ʹoolaa?
އަދި އެ مشرك ން ބުނެއެވެ. އެކަލޭގެފާނު އެބަހީ: محمّد ގެފާނު އެކަލޭގެފާނުންގެ ربّ ގެ حضرة ން (އިހުޒަމާނުންގެ نبي ން ގެންނެވިކަހަލަ) معجزة އެއް އަހުރެމެންނަށް ގެންނަވާނެނަމައެވެ. ނުވަތަ އެކަހަލަ معجزة އެއް ނުގެންނެވީ ކީއްވެގެންބާވައެވެ؟ (އޭގެ ޖަވާބުގައި ﷲ އަންގަވައެވެ.) އެމީހުންގެގާތަށް ފަހެ އިސްވެދިޔަ أمّة ތަކަށް ބާވައިލެއްވި صُحْفُ ތަކުގައިވާތަކެތި (އެخبر ތައް) ފަހެ ނާދޭބާވައެވެ؟ (އިސްވެދިޔަ أمّة ތަކުގައިވެސް معجزة އަށް އެދި އެއަށް ކާފަރުވުމުން އެމީހުންގެ މައްޗަށް ހަލާކާއި عذاب އައިސް އެމީހުން ބަރުބާދުވެގެންދިޔަކަން އެފަތްފުށްތަކުގައިވާނެއެވެ.) އެމީހުންނަށް އެ خبر ތައް އައިސްފައިވާނެއެވެ.
-
20:134
وَلَوْ أَنَّآ أَهْلَكْنَـٰهُم بِعَذَابٍ مِّن قَبْلِهِۦ لَقَالُوا۟ رَبَّنَا لَوْلَآ أَرْسَلْتَ إِلَيْنَا رَسُولًا فَنَتَّبِعَ ءَايَـٰتِكَ مِن قَبْلِ أَن نَّذِلَّ وَنَخْزَىٰ
Wa-law ʹannaaa ʹahlaknaahum̃ biʻaẓaabim miñ q̣ablihee laq̣aaloo Rabbanaa Law-laaa ʹarsalta ʹilaynaa Rasoolañ fanattabiʻa ʹAayaatika Miñ q̣abli ʹan naẓilla wa-nakhzaa.
އަދި އެކަލޭގެފާނު يعني: محمّد ގެފާނު رسول ކަމާއިގެން ފޮނުއްވުމުގެކުރިން عذاب އެއް ފޮނުއްވައިގެން އެމީހުން ހަލާކުކުރެއްވިނަމަ ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އޭ އަޅަމެންގެ ربّ އެވެ. އަޅަމެންގެ ގާތަށް رسول އަކު ނުފޮނުއްވީ ކީއްވެތޯއެވެ؟ ނުވަތަ رسول ބޭކަލަކު ފޮނުއްވެވިނަމައެވެ. އަޅަމެން ދުނިޔޭގައި މި عذاب ން ހަލާކުވެ އަދި آخرة ގައި ނަރަކައަށް ވަދެ ދެރަވުމުގެ ކުރިން އަޅަމެން އެ رسول އާއަށް އީމާންވެ އިބަރަސްކަލާނގެ އާޔަތްތަކަށް تبع ވެވުނީހީ އެހެންނަމަތާއެވެ. تبع ވީމުހެވެ.
-
20:135
قُلْ كُلٌّ مُّتَرَبِّصٌ فَتَرَبَّصُوا۟ ۖ فَسَتَعْلَمُونَ مَنْ أَصْحَـٰبُ ٱلصِّرَٰطِ ٱلسَّوِىِّ وَمَنِ ٱهْتَدَىٰ
Q̣ul kullum mutarabbiṣuñ fatarabbaṣoo: fasataʻlamoona man ʹAṣḥaabuṣ Ṣiraaṭis sawiyyi wa-manih tadaa.
(އޭ رسول ﷲ އެވެ.) ކަލޭގެފާނު - އެ مشرك ންނަށް - ވިދާޅުވާށެވެ. އަހުރެމެންނާ ކަލޭމެންނާ ދެބައިމީހުންކުރެ ކޮންމެ ބަޔަކީވެސް إنتظار ކުރާ ބައެކެވެ. ފަހެ ކަލޭމެން إنتظار ކުރާށެވެ. ސީދާ حقّ ގައިވާ ބަޔަކާއި އަދި މަގުނުފުރެދި ތެދުމަގުގައިވާ ބަޔަކު ނިކަންހުރެ ކަލޭމެނަށް އެނގިދާނެއެވެ.